މުޙައްމަދު ޞަދީފް އަދި އިތުރު ފަރާތްތައް ވ. ރިޖްވުޑް ހޮޓެލްސް އެންޑް ސުއިޓްސް އަދި އިތުރު ފަރާތްތައް
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- ސިވިލް ކޯޓު 4699/Cv-C/2019
- ފަހުގެ ތާރީޚު
- ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް
ކޯ ޓާމްސް
ޚުލާޞާ
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ކުންފުންޏެއްގެ މުދަލެއްގެ ގޮތުގައި އެހެން ކުންފުންޏެއްގައި އޮތް ޙިއްސާ ބަދަލުކުރުމުގެ މުޢާމަލާތް ބާޠިލުކުރުމަށް ދަޢުވާކުރުމުގެ ޙައިޘިއްޔަތު އެ ކުންފުނީގެ (މައިނޯރިޓީ) ޙިއްސާދާރުންނަށް ލިބިގެންވޭތޯއާއި، ސިފަތު ނެތުމުން ބާޠިލުކުރި މައްސަލައެއްގައި މައުޟޫޢީ ހެކި ވަޒަން ނުކުރުމަކީ ފަނޑިޔާރުންގެ ޤާނޫނާ ޚިލާފުތޯ.
ނިންމުން
ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައިއިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ނިންމުން ޤާއިމް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 ޙިއްސާއަކީ ޙިއްސާދާރުގެ މިލްކެއް ނަމަވެސް، ކުންފުންޏަކުން މިލްކުކުރާ އެހެން ކުންފުންޏެއްގެ ޙިއްސާއަކީ އެ ކުންފުނީގެ މުދަލެވެ؛ އެއީ ކުންފުނީގެ ރައުސްމާލުގެ ގޮތުގައި ޙިއްސާދާރުންނަށް އެކަށައަޅާ ޙިއްސާއާ ތަފާތު އެއްޗެކެވެ. ކުންފުނީގެ މުދަލާމެދު ބަސްބުނުމުގެ ޙައްޤު ވަކިވަކި ޙިއްސާދާރުންނަށް ލިބިގެން ނުވެއެވެ.
HN2 ކުންފުންޏާބެހޭ ޤާނޫނުގެ 36 ވަނަ މާއްދާއަކީ ކުންފުންޏެއްގެ އަމިއްލަ ޙިއްސާ ޙިއްސާދާރަކު އަނެކަކަށް ބަދަލުކުރުމުގެ އިޖުރާއަތު ބަޔާންކުރާ މާއްދާއެކެވެ؛ ކުންފުނިން މިލްކުކުރާ އެހެން ކުންފުންޏެއްގެ ޙިއްސާ ބަދަލުކުރުމަށް އެ މާއްދާ ތަޠުބީޤުކުރަންޖެހޭ އަސާސެއް ސާފެއް ނޫނެވެ؛ އަދި ރައުސްމާލު އިތުރުކުރުމާބެހޭ ހިންގާ ގަވާއިދުގެ މާއްދާއަކުން އެފަދަ މުޢާމަލާތަކާމެދު ބަސްބުނުމުގެ ޙައްޤު ޙިއްސާދާރުންނަށް ނުލިބެއެވެ.
HN3 އިޚްތިޞާޞް، ދަޢުވާކުރުމުގެ ސިފަތު، މުއްދަތު ހަމަވުން ފަދަ އިބްތިދާއީ/އިޖުރާއީ ހުރަހަކާހުރެ މައްސަލަ ބާޠިލުކުރާ ޙާލަތުގައި ގޮތް ކަނޑައަޅަނީ އެ ހުށަހެޅުމަށެވެ؛ ދަޢުވާކުރުމުގެ ސިފަތު ނެތުމުން ބާޠިލުކުރާ ނިންމުމެއްގައި މައުޟޫޢީ ހެކި ވަޒަން ނުކުރުމަކީ ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) އާ ޚިލާފުވުމެއް ނޫނެވެ.
HN4 ކުންފުންޏަކީ ޙިއްސާދާރުންނާ ވަކި ޤާނޫނީ ޝަޚްޞެކެވެ (ކުންފުންޏާބެހޭ ޤާނޫނުގެ 15 ވަނަ މާއްދާ)؛ ކުންފުނީގެ މުދަލުގެ މައްޗަށް ޙިއްސާދާރަކަށް ޙިއްސާގެ ނިސްބަތުން ޙައްޤެއް އުފެދެނީ ހަމައެކަނި 76 ވަނަ މާއްދާގެ ދަށުން ކުންފުނި އުވާލުމަށްފަހު، ދަރަނި އަދާކޮށް ބާކީވާ މުދަލުގައެވެ.
HN5 ކުންފުނީގެ ޝަޚްޞު އެއްކިބާކޮށް ޑިރެކްޓަރުން ފަރުދީ ގޮތުން ޒިންމާކުރުވާނީ (74 ވަނަ މާއްދާ) މަކަރާއި ހީލަތް، ނުނިޔަތް ނުވަތަ ބާރުގެ ބޭރުން ކަންކުރިކަން ވަރަށް ސާފުކޮށް ސާބިތުވެ، ކޯޓުން އެ ނަތީޖާއަށް ވާޞިލުވި ގޮތް ބަޔާންކޮށް، ދަޢުވާކުރާ ފަރާތުން އެ ފަރުވާއަށް އެދިފައިވާ ޙާލަތުގައެވެ؛ މައިނޯރިޓީ ޙިއްސާދާރަކު މަކަރާއި ހީލަތުގެ ދަޢުވާއެއް ކުރާނަމަ، ހިނގި މަކަރަކީ ކޮބައިކަން ސާފުކޮށް ބުނެ، 73 ނުވަތަ 74 ވަނަ މާއްދާގެ ދަށުން ދަޢުވާކުރާ ސަބަބެއް އުފައްދައި، ޚާއްޞަ ފަރުވާއަކަށް އެދެން ޖެހެއެވެ.
HN6 ދަޢުވާކުރުމުގެ ސިފަތު ނެތުމުން ބާޠިލުކުރި ނިންމުމެއްގެ އިސްތިއުނާފުގައި، މައުޟޫޢަށް ގުޅޭ ލިޔެކިޔުން ހޯދުމަށް ނުވަތަ ހާމަކުރުމަށް ހައިކޯޓުން އަމުރުކުރަންޖެހޭ ސަބަބެއް ނެތެވެ؛ އަދި ސުޕްރީމް ކޯޓުގެ ނިންމުމަކުން އެދެވިދާނެ ފަރުވާތަކާއި މިންވަރު ކަނޑައެޅުމަކީ އެފަދަ އިސްތިއުނާފެއްގެ ތެރެއިން ނިންމޭނެ ކަމެއް ނޫނެވެ.
ވަކީލުންނާއި ފަނޑިޔާރުން
- ޖަވާބުދާރީވި ފަރާތުގެ ވަކީލުން
- ޢާއިޝަތު ޝީނާ މުޙައްމަދު، އޒ.އިބްރާހީމް ޝިޔާމް ލެގްޒަވީ ޗެމްބަރސް
- ބެންޗު
- ފާޠިމަތު ފަރްހީޒާ، ޙަސަން ޝަފީޢު، ޢަބްދުލްމާނިޢު ޙުސައިން
- ރިޔާސަތު
- —
- ރައުޔު ލިޔުނު ފަނޑިޔާރު
- ފާޠިމަތު ފަރްހީޒާ · ތާއީދުކުރެއްވީ: ޙަސަން ޝަފީޢު، ޢަބްދުލްމާނިޢު ޙުސައިން
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.
ތަޢާރުފު
1މިއީ، ސިވިލް ކޯޓުގެ ނަންބަރު 4699/Cv-C/2019 ޤަޟިއްޔާ އިސްތިއުނާފު ކޮށް ހުށަހެޅުމުން ބެލެވުނު ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2021/HC-A/377 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތެވެ.
2މި ޤަޟިއްޔާގައި އިސްތިއުނާފު ކުރާ ފަރާތްތަކަކީ، […] ކ.މާލެ މުޙައްމަދު ޞަދީފް އާއި، ޕޮލެންޑްގ ދެ ރައްޔިތެއްކަމުގައިވާ އާރކާޑިއުސް މާޗެއި މެޖެސްކީ 3 2 Majerski) Maciej (Arkadiusz އާއި، ޖޮއިއަނާ ޑޮމިނިކާ މެޖެސްކާ Majerska) Dominika (Joanna (މީގެ ފަހުން ޖުމްލަ ގޮތެއްގައި "އިސްތިއުނާފު ކުރާ ފަރާތްތައް " ގޮތުގައި މުޚާތަބް ކުރެވޭ) އެވެ.
3މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވަނީ، ރިޖްވުޑް ހޮޓެލްސް އެންޑް ސުއިޓްސް ޕްރައިވެޓް ލިމިޓެޑް އާއި ޕޮލެންޑް ގެ 4 ރައްޔިތންކަމުގައިވު ޕަވެލް ޕޮޑޮލްސްކީ Podwojewski) (Pawel އާއި، އިރެނއެ ޝު ސަޖަވިކް Sajewicz) (Ireneusz، އާއި، ބޮޒޭނާ މިލެންޒުކް Mielenczuk) (Bozena އާއި، އެލެކްސަންޑްރާ ޖަމައިކާ Mielenczuk) Jamaica (Aleksandra (މީގެ ފަހުން ޖުމްލަ ގޮތެއްގައި "އިސްތިއުނާފު ރައްދުވާ ފަރާތްތައް " ގޮތުގައި މުޚާތަބްކުރެވޭ) އެވެ. މީގެ ފަހުން "ރިޖްވުޑް" ގެ ގޮތުގައި މުޚާތަބްކުރެވޭ މައްސަލައިގެ ފަސްފަހަތް:
4ނ.ކުރެދިވަރުގައި ޓޫރިސްޓް ރިސޯޓެއް ތަރައްޤީކުރުމަށް އެ ރަށުގެ ހެޑް ލީސް ރައިޓްސް ލބިފައިވަނި ޒެން ރިސޯޓްސް ޕްރައިވެޓް ލިމިޓެޑް (މީގެ ފަހުން "ޒެން ރިސޯޓް ") އަށެވެ. އެރަށުގެ ހެޑްލީސް ރައިޓްސް ލިބިގަތުމަށްޓަކައި އެކުއިޒިޝަން ކޮސްޓާއ އަދި އެނޫންވެސް ފައިސާ ދައްކާފައިވަނީ، ޒެން ރިސޯޓްގެ މެޖޯރިޓީ ޙިއްސާދާރުގެ ޙައިސިއްޔަތުން ރިޖްވުޑް އިންނެވެ. އިސްތިއުނާފު ރައްދުވާ ޕޮލެންޑްގެ 4 ރައްޔިތުންނަކީ ރިޖްވުޑްގެ ބޯޑު ޑިރެކްޓަރުންނެވެ. އިސްތިއުނާފު ކުރާ ފަރާތްތަކަކީ އެދުވަސްވަރު ރިޖްވުޑްގެ ޙއިސާދާރުނނެވް .
ސިވިލް ކޯޓު މަރު ޙަ ލާ
5ޒެން ރިސޯޓްގައ އޮތި ރިޖްވުޑްގެ 90% ޙިއްސާ ބަދަލުކޮށް، 13 ނޮވެމްބަރު 2016 ވަނަ ދުވަހު (ބާޠިލްކުރުމަށް އެދޭ ޙއްސާބަދަލުކުރުން) މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓްރީ ކުރެވުނެވެ. ޙިއްސާ ބަދަލުކުރުމުގެ މިމުޢާމަލާތް ހިންގާފައިވަނީ، އިސްތިއުނާފު ކުރާ ފަރާތްތަކަށް އެންގުމެއް ނެތި އިސްތިއުނާފު ކުރާ ފަރާތްތަކުގެ ޙައްޤު ގެއްލޭގޮތަށް ކަމުގައިވާތީ، މިމުޢާމަލާތަކީ ބާޠިލް މުޢާމަލާތެއްކަމަށް ކަނޑައަޅައިދިނުން އެދި އިސްތިއުނާފު ކުރާ ފަރާތްތަކުން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅިއެވެ.
6މައްސަލަ ހުށަހަޅަމުން އިސްތިއުނާފު ކުރާ ފަރާތްތަކުން ފާހަގަކޮށްފައިވަނީ، 20 ޖޫން 2015 ގައި ރިޖްވުޑްގ އޭރުގެ މެނޭޖިންގ ޑިރެކްޓަރުކަމުން އިސްތިއުނާފުކުރާ އާރކާޑިއުސް މާޗެއި މެޖެސްކީ )Majerski Maciej Arkadiusz) ޑިރެކްޓަރުންގެ ބޯޑުން ވަކިކޮށް، އަދި އިސްތިއުނާފުކުރާ ޖޮއިއަނާ ޑޮމިނިކާ މެޖެސްކާ )Majerska Dominika Joanna) ވެސް ސިވިލް ކޯޓަށް ހުށަހެޅި ދައުވާ ފޯމުގެ 8.5 ސިވިލް ކޯޓަށް ހުށަހެޅު ދައުވާ ފޯމުގެ 8.1 ސިވިލް ކޯޓަށް ހުށަހެޅުނު ދައުވާ ފޯމުގެ ޚުލާސާ ޑިރެކްޓަރުންގެ ބޯޑުން ވަކިކޮށް، އެފަރާތްތަކގު ޙއްސި ކުންފުންޏަށް އަނބުރާ ނަގާފައިވާ ކަމަށެވެ. އެހެންނަމަވެސް، ކުންފުނީގެ ޕްރޮފައިލުން އެފަރާތްތަކަކީ، ޙއްސާދި ރުންކަމަށް މިދައުވާ ސިވިލް ކޯޓަށާ ހުށަހެޅިއިރު ދައްކާކަމަށެވެ. އިސްތިއުނާފު ކުރާ ފަރާތްތަކުން ސިވިލް ކޯޓުގައި ލިބިދިނުމަށް އެދުނު ފަރުވާ އަކީ ޙއްސި ބަދަލުކުރުމުގެ ބުނެވުނު މުޢާމަލާތް ބާޠިލްކުރުމަށެވެ. އެމައްސަލަ ބަލާފައިވަނީ އިސްތިއުނާފުކުރެވޭ ސިވިލް ކޯޓުގެ ނަންބަރު 4699/Cv-C/2019 ޤަޟިއްޔާއިންނެވެ.
7ރައްދުގައި އިސްތިއުނާފު ރައްދުވާ ފަރާތްތަކުން ފާހަގަކޮށްފައިވަނީ، ރަށް ތަރައްޤީކުރުމަށް އޭރު ދައްކަންޖެހުނު އެންމެހައި ފައިސާ ދައްކާފައިވަނީ، ރިޖްވުޑްގެ އެއް ޙއްސާދާރުކަމަށްވި ރޮބަރޓް ގްޒެގްރޒޮ މިލެންޒކު zuk)cMielen rzegroz(Robert G ކަމަށާއި، ރިޖްވުޑްއ އޭނާއާ ދެމެދާ އޮތު ލޯނު އެއްބަސްވުމަކާ ގުޅިގެން ޒެން ރިސޯޓުގައި އޮތް ރިޖްވުޑްގެ ޙއްސި ތައާ ރަހުނުކޮށްފައިވާކަމަށެވެ. އަދި، ޙިއްސާތައް ރޮބަރޓްއަށާއި އެހެނިހެން ފަރާތްތަކަށް ބަދަލުވިފަހުން ޙިއްސާ ތަކުރާރުކޮށް ބަދަލުކުރެވިފައިވާކަމަށވެ. އަދި ސުވާލު އުފެދިފައިވާ ޙިއްސާ ބަދަލުކުރެވިފައިވަނީ، ކުންފުނީގެ ހިންގު ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިންކަމަށާއި، މުޢާމަލާތަކީ ޤާނޫނާ ގަވާއިދއާ އެއްގޮތްވާގޮތުގެ މަތިން ދައުލަތުގެ އިދާރާއިން ރަޖިސްޓްރީކޮށްފައިވާ މުޢާމަލާތެއް ކަމުގައެވެ. އެހެންކަމުން، ރިޖްވުޑްގެ ވަކި ޙިއްސާދާރުންގެ މައްޗަށް މިދައުވާ ކޮށް އެދުމުގެ ޙައިސިއްޔަތު އިސްތިއުނާފު ކުރާ ފަރާތްތަކަށް ނެތް ކަމަށެވެ.
8ސިވިލް ކޯޓު ގެ ނަންބަރު 4699/Cv-C/2019 މައްސަލއިގަ ނިންމުމުގައި ކަނޑައަޅާފައިވަނީ، މި ދައުވާގައި އެދިފައިވަނީ، ޒެން ރިސޯޓް ގައިވާ ރިޖްވުޑްގެ 90% (ނުވަދިހަ އިންސައްތަ) ޙިއްސާ ބަދަލުކޮށް، 13 ނޮވެމްބަރު 2016 ގައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓްރީކޮށްފައިވާ ޒެން ރިސޯޓްގެ ޙިއްސާގެ މުޢާމަލާތަކީ ބާޠިލް މުޢާމަލާތެއްކަމުގައި މީގެ ފަހުން "ރޮބަރޓް" ގެ ގޮތުގައި މުޚާތަބްކުރެވޭ ސިވިލް ކޯޓުގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގެ ފާހަގަކުރެވުނު ނުކުތާ 4 – ސަފޙް 5 ކަނޑައަޅައިދިނުމަށްކަމަށްވާއިރު، މި ދައުވާ ހުށަހެޅި ފަރާތްތަކަކީ އެ މުޢާމަލާތުގެ ބައިވެރިންނަށްނުވާތީ، އެ މުޢާމަލާތް ބާޠިލްކުރުމށަ ހުށަހެޅުމުގެ ޙައިސިއްޔަތު، އިސްތިއުނާފު ކުރާ ފަރާތްތަކަށް ނެތްކަމަށެވެ.
9ސިވިލް ކޯޓު ގެ މިނިންމުން ބިނާކޮށްފައިވާ އަސާސްކަމުގައި އަންނަނިވި ކަންކަން ފާހަގަކުރެވެއެވެ.
1.9. ޙިއްސާ ބަދަލުކުރުމުގެ މުޢާމަލާތުގެ ތެރެއިން ދައުވާ ރައްދުވާ ފަރާތްތަކުގެ ގޮތުގައި ތިބި ފަރާތްތަކުން އެމުއާމަލާތާމެދު ޚިލާފެއް އުފައްދާފައި ނުވާކަމާއި، ދއަ ވ ހުށަހެޅާ މުޢމަލާތުގާ ބައިވެރިން ނޫންކަމާއި، ވިއްކާލެވުނު ޒެން ރިސޯޓު ގައި އޮތް ރިޖްވުޑްގެ ޙިއްސާތަކަކީ ރިޖްވުޑްގެ ނުއުފުލޭ މުދާކަމާއި، ދައުވާ ހުށަހެޅި ފަރާތްތަކަކީ ރިޖްވުޑްގެ ޙިއްސާދާރުންކަމަށްވުމަކީ، ޒެން ރިސޯޓުގައި އޮތް ރިޖްވުޑްގެ ޙިއްސާތައް ބަދަލުކުރުމުގެ މުޢާމަލާތް ބާޠިލްކަމަށް ކަނޑައަޅައިދިނުމަށް އެދުމުގެ ޙައިސިއްޔަތު ލިބިގެންވާކަމެއް ނޫންކަން؛
2.9. ޒެން ރިސޯޓުގައި އޮތް ރިޖްވުޑްގެ ޙިއްސާތަކަކީ ރިޖްވުޑްގެ އަމިއްލަ މުދާކަމުން، އެކަމާމެދު ބަސްބުނުމުގެ ޙައިސިއްޔަތު މުޙައްމަދު ޞަދީފް އަދި އަދި ރިޖްވުޑްގެ ވަކިވަކި ޙިއްސާދާރުންނަށް ލިބިގެންނުވާކަމަށް؛
3.9. ދައުވާކުރުމުގެ ޙައިސިއްޔަތު ނެތްކަމަށް ކަނޑައަޅާފައިވާތީ، ހޯދުމަށް އެދޭ ފައިސާއާމެދު ގޮތެއް ކަނޑައަޅަން ނުޖެހޭ ކަމަށް؛
4.9. ދައުލަތުގެ އެކި އިދާރާތަކުން ލިޔެކިޔުންތަކެއް ހޯދުމުގެ އަމުރުތަކެއް ނެރެދިނުމަށް އެދުނުނަމަވެސް އެލިޔުންތައް ހޯދަނީ ބަދަލު ހިސާބުކުރެވުނ ގޮތު ސާބިތުކުރުމަށްކަން ހެކިންގެ ލިސްޓުން އެނގޭތީ، ދައުވާގެ މައުޟޫގައި އެދިފައިނުވާކމެއަ ސާބިތުކުރުމަށް މިއަމުރުތައް ނެރެންޖެހޭފަދަ ސަބަބެއް އޮތްކަމަށް ޝަރީޢަތަށް ބުރަނުވެވޭކަން؛ މިއެވެ. ސިވިލް ކޯޓުގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގެ ޙުކުމް- ސަފްޙާ 11 ސިވިލް ކޯޓުގެ ނަންބަރު 4699/Cv-C/2019 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ ފާހަގަކުރެވުނު ނުކުތާ (ބ) ފަސްވަނަކަމަކީ އބޙ ގެ (ޅ) ހަވަނަކަމަކީ ސިވިލް ކޯޓުގެ ނަންބަރު 4699/Cv-C/2019 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ ފާހަގަކުރެވުނު ނުކުތާ (ވ) ނުވަވަނަ ކަމަކީ އބޙ ގެ (މ) ދިހަވަނަކަމަކީ ހައިކޯޓަށް ހުށަހެޅިފައިވާ އިސްތިއުނާފީ ނުކުތތަކާއާ ދެފަރާތުގެ ވާހަކަ:
10އިސްތިއުނާފ ކުރު ފަރާތްތަކުން އަންނަނިވި އިސްތިއުނާފީ ނުކުތތައާ ފާހަގަކޮށް އެނުކުތތަކާމެދާ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. އެގޮތުން ހުށަހެޅި؛
1.10. ފުރަތަމަ ނުކުތާއަކީ؛ ކުންފުންޏާބެހޭ ޤާނޫނުގެ 36 ވަނަ މާއްދާގައި "ޕްރައިވެޓް ކުންފުންޏެއްނަމަ، ހިންގާ ގަވާއިދުގައިބުނާ ގޮތުގެ މަތިން އެކުންފުންޏެއްގެ ޑިރެކްޓަރުންގެ ބޯޑުގެ ހުއްދައާއެކު އެ ކުންފުންޏެއްގެ ޙިއްސާ އެކެއްގެ ކިބައިން އަނެކަކަށް ބަދަލު ކުރެވިދާނެ" ކަމަށް ބަޔާންކުރާއިރު، 13 ނޮވެމްބަރު 2016 ގައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓްރީކޮށްފައިވާ ރިޖްވުޑް ކުންފުންޏާއި ޒެން ރިސޯޓުގެ ޙިއްސާގެ މުޢާމަލާތް ހިންގާފައިވަނީ، ރިޖްވުޑް ކުންފުނީގެ ހިންގާ ގަވާއިދާ ޚިލާފަށްކަމަށާއި، މިކަމަށް ދަށު ކޯޓުގެ ޙުކުމުގައި ރިޢޔަތްކޮށްފައާ ނުވާތީ، ކުންފުންޏާބެހޭ ޤާނޫނުގެ 36 ވަނަ މާއްދާއާ ޚިލާފުވުންކަމަށް ހުށަހެޅި ނުކުތާއެވެ.
1.1.10. މިނުކުތާގެ ތަފްސީލުގައި އިސްތިއުނާފު ކުރާ ފަރާތްތަކުން ބުނެފައިވަނީ، ކުންފުނީގެ ރައުސްމާލު އިތުރުކުރުމަށްޓަކައި، އެއްވެސް އިމްތިޔާޒެއް ކަނޑައަޅަންޖެހެނީ، ޙިއްސާ އިތުރުކުރުމަށް ކުންފުނީގެ އާންމު ޖަލްސާއިން ފާސްކުރާ ޤަރާރުގައި ކަނޑައަޅާ ގޮތެއްގެ މަތިންކަމަށް، ކުންފުނީގެ ހިންގާ ގަވާއިދުގެ 25 ވަނަ މާއްދާގައި ބަޔާންކޮށްފައިވާކަމަށެވެ. ޙިއްސާ ބަދަލުކުރުމަށްޓަކައި ރިޖްވުޑްގެ ޢާންމު ޖަލްސާއެއް ބޭއްވުމަށް ނޯޓިސް ފޮނުވާފައި ނުވާއިރު، ޙިއްސާދާރުންގެ ޢާންމު ޤަރާރެއް ވިއަސް ފާސްކޮށްފައި ނެތްކަމަށެވެ. ރިޖްވުޑްގެ ޢާންމު ޖަލްސާތަކަށް ކުންފުނީގެ ޙިއްސާދާރުންނަށް ނޯޓިސް ފޮނުވާކަނ ސާބިތުކުރުމަށް ހުށަހެޅި އެޖެންޑާގައި ބަޔާންކޮށްފައިވާ ގޮތުން އެޖަލްސާ ބާއްވާފައިވަނީ، 10 އޭޕްރީލް 2016 ގައިކަމާއި، މިޖަލްސާގައި ވާހަކަ ދައްކާފައިވަނީ ކުންފުނީގެ މާލީ ޙާލަތާއި ރިސޯޓް މަޝްރޫޢު ކުރިއަށް ގޮސްފައިވާ މިންވަރާ ބެހޭ ގޮތުން ކަމުގައި އިސްތިއުނާފު ރައްދުވާ ފަރާތްތަކުގެ ހެކި ލިސްޓްގައި ބަޔާންކޮށްފައި ވާކަމަށާއި، އެހެންކަމުން 10 އޭޕްރީލް 2016 ގައި އޮތްކަމަށް ބުނާ ޢާންމު ޖަލްސާގައި، ކުންފުނީގެ 900 ޙިއްސާ، ޒެނ ރިސޯޓަށް ބަދަލް ކުރުމުގު ވާހަކަ ހިމަނާފައި ނުވާކަމުން، މިޖަލްސާއާ ގުޅުވައި، ޒެން ރިސޯޓުގެ ޙިއްސާ ބަދަލުކުރުމުގެ ރުހުން ލިބުނީކަމަށ ބަލައިގެން ކުރިއަށް ދިޔަނަމަ، އެކަންވާނީ ކުންފުންޏާބެހޭ ޤާނޫނގު 56 ވަނަ މާއްދާގެ (ހ) އާ ޚިލާފަށް ކުރި ކަމެއްކަމަށެވެ. އެއީ އެޖެންޑާގައި ޙިއްސާ ބަދަލުކުރާ ވާހަކަ ގެނެސްފައި ނެތީމަކަމަށެވެ.
2.10. ދެވަނަ ނުކުތާއަކީ؛ 13 ނޮވެމްބަރު 2016 ގައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓްރީ ކޮށްފައިވާ ރިޖްވުޑް ކުންފުންޏާއި ޒެން ރިސޯޓުގެ ޙިއްސާގެ މުޢާމަލާތުގައި، އިޖުރާއީ އެތައް ކުށެއް ހުރިކަމުގެ ހެކި ހުށަހަޅާފައިވާއިރު، މިހެކިތަކަށް ރިޢާޔަތްކޮށްފައި ނުވާތީ، ފަނޑިޔާރުންނާބެހޭ ޤާނޫނުގެ 5 ވަނަ މާއްދާއާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
1.2.10. މިނުކުތާގެ ތަފްސީލުގައި އިސްތިއުނާފުކުރާ ފަރާތްތަކުން ފާހަގަކޮށްފައިވަނީ، ޙިއްސާގެ މުޢާމަލާތު ޞައްޙަ ނުވާ އިތުރު 3 ސަބަބަކީ، 1- ޙިއްސާ ބަދަލުކުރުމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓަށް 12 އޮކްޓޯބަރު 2016 ގައި ހުށަހަޅާފައިވާ ޙިއްސާ ބަދަލުކުރުމުގެ ފޯމުގައި ދިވެހި ސަރުކާރުން ސޮއިކުރަންޖެހޭ ގޮޅިތަކުގައ ސޮއިކޮށްފައި ނުވާކަމަށާއި، 2- ޙިއްސާ ބަދަލުކުރުމަށްޓަކައި ޒެން ރިސޯޓުގެ ޢާންމު ޖަލްސާއެއް ބޭއްވުމަށް ނޯޓިސްއެއް ފޮނުވާފައިނުވާކަމަށާއި، އަދި އެފަދަ ޖަލްސާއެއްވެސް ބާއްވާފައިނުވާކަމަށާއި، އަދި ޙިއްސާދާރުންގެ ޢާންމު ޤަރާރެއް ފާސްކޮށްފައި ނުވާކަމަށާއި، 3- 1620 ވަނަ އަހަރު، ޒެން ރިސޯޓުގެ ޙިއްސާގެ 10% އަކީ ސަރުކާރު ޙިއްސާ ކަމުގައިވާއިރު، 12 އޮކްޓޯބަރު 2016، 13 ނޮވެމްބަރު 2016 ގެ މުޢާމަލާތް ހިންގުމަށް، ޒެން ރިސޯޓުގެ ބޯޑާއި ސަރުކާރު ހިމެނޭ ޤަރާރެއް ފާސްކޮށްފައި ނުވުން ކަމަށެވެ. މިކަންކަން ސާބިތުކުރުމަށް ހެކި ހުށަހަޅާފައިވީނަމަވެސް، އެހެކިތަކަށް ރިޢާޔަތްކޮށްފައިނުވާތީ، ދަށު ކޯޓުގެ ޙުކުމް އޮތީ މިމާއްދާއާ ޚިލާފަށްކަމަށް ދެކޭކަމަށެވެ.
3.10. ތިންވަނަ ނުކުތާއަކީ؛ ސުޕްރީމް ކޯޓުގެ މުޙައްމަދު އިބްރާހީމްދީދީ ވ. އޅޮ ވެލި ލާމު ހޯލްޑިންގްސު ޤަޟިއްޔާގެ 21.3 ވަނަ ނުކުތާގައި، މެޖޯރިޓީ ޙިއްސާދާރުން މަކަރާއި ހީލަތް ހެދުންފަދަ ކަންކަމުގައި، މައިނޯރިޓީ ޙިއްސާދާރުންނަށް ކުންފުނީގެ މައްޗަށް ދައުވާކޮށް، ޙައްޤު ހޯދޭނެކަމުގައި ބަޔާންކުރާއިރު، އެނުކުތާއަށް ރިޢާޔަތްކޮށްފައިނުވާތީ، ސުޕްރީމް ކޯޓުގެ މިޤަޟިއްޔާއާ ޚިލާފަށް ޙުކުމްކޮށްފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
1.3.10. މިނުކުތާގެ ތަފްސީލުގައި އިސްތިއުނާފު ކުރާ ފަރާތުން ފާހަގަކުރަނީ، ހައިކޯޓުގެ ނަންބަރު 2020/HC-A/42 ޤަޟިއްޔާގެ ޙުކުމުގެ މެޖޯރިޓީ އޮޕީނިއަންގެ 24 އަދި 25 ވަނަ ނުކުތާގައިބަޔާންކޮށްފައިވާ ގޮތުން، ރިޖްވުޑް ހޮޓެލްސްގ ޙިއްސާދާރުންގެ ތެރެއިން ވަކި ޙިއްސާދާރުންތަކެއ ހިމެނޭގޮތަށް އެ ކުންފުނީގެ ޙިއްސާ ބަދަލުކޮށްފައި އޮތުމުގެ ސަބަބުން އެކުންފުނީގެ ދެން ތިބި ޙިއްސާދާރުންގެ ޙައްޤުތަކަށް ބަދަލު އަންނާނެކަމަށް ބަޔާންކޮށްފައިވުމުން، މިބަދަލުތަކުގެ ސަބަބުން މައިނޯރިޓީ ޙިއްސާދާރުންނަށް "މުޅިން" ގެއްލުންވާ ކަމުގައިވާނަމަ މިމައްސަލައަށް ފަރުވާއެއް ލިބެންޖެހޭ ކަމުގައި ދެކޭކަމަށެވެ. ކުންފުންޏެއްގެ ހުރިހާ ކަމަކީ، ކުންފުނީގެ ބޯޑުގެ މެޖޯރިޓީން ބޭނުންހާ ގޮތަކަށް ގެންދަން އޮތް ކަންކަމެއް ނޫނެވެ. ސުޕްރީމް ކޯޓުގެ މުޙައްމަދު އިބްރާހީމްދީދީ ވ. އޮޅުވެލި ލާމު ހޯލްޑިންގްސް ޤަޟިއްޔާގައިވެސް، މައިނޯރިޓީ ޙިއްސާދާރުންނަށް، އެއުރެންގެ ޙައްޤުތައް ގެއްލުވާނަމަ، ކުންފުންޏާ ދެކޮޅަށް ދަޢުވާކުރެވޭނެ ކަމުގައި ބަޔާންކޮށްފައި އޮންނަކަމަށާއި، ނަމަވެސް މިނުކުތާއަށް ރިޢާޔަތްނުކޮށް، މައްސަލަ ނިންމާފައިވަނީ، ސުޕްރީމް ކޯޓުގެ މިނިންމުމާ ޚިލާފަށްކަމުގައެވެ.
4.10. ހަތަރުވަނަ ނުކުތާއަކީ؛ ގެއްލުމުގެ ބަދަލު ހިސާބުކުރުމަށްޓަކައ ހެކި ހާމަކޮށް ދިނުމަށް ތަކުރާރުކޮށް އެދުމުންވެސް، މިހެކިތައ ހާމަކުރުމަށް އަމުރް ނެރުމެއް ނެތި، އަދި މިހެކިތަކަށް ރިޢާޔަތްކޮށްފައި ނަންބަރު 2019/SC-A/62 ނުވާތީ، ފަނޑިޔާރުންނާބެހޭ ޤާނޫނުގެ 5 ވަނަ މާއްދާއާ ޚިލާފުވުން ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
1.4.10. މިނުކުތާގެ ތަފްސީލުގައި އިސްތިއުނާފު ކުރާ ފަރާތްތަކުން ބުނެފައިވަނީ، ދަށުކޯޓުގެ ދައުވާ ފޯމުގައި ގެއްލުމުގެ ބަދަލުގެ ފައިސާގެ ޢަދަދަކީ އެކު ޖުމްލަ US$8,841,600 (އަށްމިލިއަން އަށްލައްކަ ސާޅީސްއެއްހާސް ހަސަތޭކަ) ޑޮލަރުކަމުގައި ބަޔާންކޮށްފައިވާނެކަމަށާއި، މިޢަދަދު ހިސާބުކުރުމަށް، މޫވ އެންޑް ޕިކ ހޮޓެލްސް އެންޑް ރިސޯޓްސް އާއް ޒެން ރިސޯޓުގެ ޓެކްސު ރިޓާންގެ މަޢުލޫމާތު ހޯދުމަށް މުޙައްމަދު ޞަދީފްގެ ފަރާތުން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް މަޢުލޫމާތު ހޯދައި ލިބިގަތުމގ ޙައްޤުގެ ޤާނޫނުގެ ދަށުނު ހުށަހެޅުމުން، އެ އޮތޯރިޓީން އެމަޢުލޫމާތު ހާމަނުކުރުމަށް ނިންމާފައިވާކަމަށެވެ. އަދި ރިޖްވުޑްގެ ޓެކްސް ރިޓާންއާއި އެހެނިހެން މައުލޫމާތު ހޯދުމަށް މީރާގައި އެދުމުންވެސް އެމަޢުލޫމާތު ދީފައިނުވާކަމަށެވެ. އެހެންކަމުން ގެއްލުމުގެ ބަދަލު ހިސާބުކުރުމަށް ހެކި ހާމަކޮށްދިނުމަށް ތަކުރާރުކޮށް އެދުމުންވެސް، މިހެކިތައ ހާމަކުރުމަށް އަމުރުނެރުމެއ ނެތް އަދި މިހެކިތަކަށް ރިޢާޔަތްކޮށްފައިނުވާތީ، ފަނޑިޔާރުންނާބެހޭ ޤާނޫނުގެ 5 ވަނަ މާއްދާއާ ޚިލާފުވެފައިވާކަމަށް ޤަބޫލުކުރާކަމަށެވެ. އިސްތިއުނާފު ރައްދުވާ ފަރާތްތަކުގެ ވާހަކަ:
11އިސްތިއުނާފީ ފުރަތަމަ، ދެވަނަ އަދި ހަތަރުވަނަ ނުކުތާއާއި ގުޅިގެން އިސްތިއުނާފު ރައްދުވާ ފަރާތްތަކުން ފާހަގަކޮށްފައިވަނީ، ދައުވާއެއްގ އެންމެ އަސާސީ އެއް އުންސުރަކީ، ދައުވާ އުފުލާ ފަރާތަށް ދައުވާކުރުމުގެ ޙައިސިއްޔަތު ލ ބިގެންވުންކަމަށާއި، ދައުވާކުރުމުގެ ޙައިސިއްޔަތު އެފަރާތަށް ލިބިގެންވަނީ، ދައުވާގެ މަޢުޟޫގައި އެފަރާތުގެ ޙައްޤެއް އެކުލެވިގެންވާނަމަކަމަށެވެ. ނަމަވެސް، ހުށަހެޅިފައިވާ މައްސަލައިގެ ދައުވާގެ މައުޟޫއަކީ ރިޖްވުޑްގެ މުދަލަކާ ގުޅިގެން އެމުދަލުގެ މައްޗަށް އެއްވެސް ޙައްޤެއް އުފަންވެފައިނުވާ ފަރާތަކަށް ދައުވާކުރުމުގެ ޙައިސިއްޔަތެއް ލިބިގެންނުވާކަމަށެވެ. އެހެންކަމުން، ސިވިލް ކޯޓަށް ހުށަހެޅި ދައުވާގައި މައުޟއޫ ގޮތުން ފާހަގަކުރި ކަންކަމާ ގުޅިގެން ގޮތެއް ކަނޑައެޅިފައި ނުވާކަމަށެވެ. މިމައްސަލައިގައި ހައިކޯޓުން ގޮތެއް ކަނޑައަޅަންޖެހޭނީ، ދައުވާ އުފުލުމުގެ ޙައިސިއްޔަތު ލިބިގެންވޭތޯ ނުވަތަ ނޫންތޯކަމާމެދުގައި ކަމަށާއި، ސިފަތު ލިބިގެންވާކަމަށް ކަނޑައެޅިއްޖެނަމަ، މައުޟޫއީ ގޮތުން ދައުވާގައި ފާހަގަކޮށްފައިވާ ކަންކަމާ ގުޅުންހުރި އިސްތިއުނާފީ ނުކުތާތަކާމެދު މިމަރުހަލާގައި ގޮތެއް ކަނޑައެޅޭނީ، ދަށު ކޯޓުން މައްސަލަ މައުޟޫއީ ގޮތުން ބެލުމަށްފަހު، އެނުކުތާގައި ފާހަގަކޮށްފައިވާ ކަންކަމާ ގުޅިގެން ގޮތެއް ކަނޑައެޅިގެން ދިޔުމުންކަމަށެވެ. ހައިކޯޓުގައި މައްސަލައެއް އިސްތިއުނާފުކުރެވޭނީ އެމައްސަލައަކީ އިސްތިއުނާފީ މިންގަނޑު ގިރާކުރާ މައްސަލައެއްނަމަކަމަށް އިބްރާހީމް ޖިހާދު ވ. ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ޤަޟިއްޔާގައި ބަޔާންކޮށްފައިވާއިރު، އިސްތިއުނާފު ކުރާ ފަރާތުން މިމައްސަލައިގައި ހުށަހަޅާފައިވާ އިސްތިއުނާފީ ފުރަތަމަ، ދެވަނަ އަދި ހަތަރުވަނަ ނުކުތާގައި ފާހަގަކުރާ ކަންކަމަކީ، ސިވިލް ކޯޓުގައި މައުޟޫއީ ގޮތުން ގޮތެއް ކަނޑައަޅާފައިވާ ކަންކަމެއް ނޫންކަމުން، އެނުކުތާގައި ބަޔާންކުރާ ކަންކަމާ ގުޅޭ ގޮތުން އުފެދޭ ޤާނޫނީ ބަހުސެއް ނެތްކަމަށެވެ.
12އިސްތިއުނާފީ ތިންވަނަ ނުކުތާއާއި ގުޅިގެން އިސްތިއުނާފު ރައްދުވާ ފަރާތްތަކުން ފާހަގަކޮށްފައިވަނީ، ސުޕްރީމް ކޯޓުގެ މުޙައްމަދު އިބްރާހީމްދީދީ ވ. އޮޅުވެލި ލާމު ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާގެ ނިންމުމުގައި މުޙައްމަދު އިބްރާހީމްދީދީ އަށް ދައުވާކުރުމުގެ ޙައިސިއްޔަތާއި ހިމާޔަތްކުރާނެ މަސްލަހަތެއް ނެތްކަމަށް ކަނޑައެޅި މައިގަނޑު އަސާސަކީ، މައްސަލައިގައި ހިމެނޭ މުދަލުގެ މުޢާމަލާތުގެ ދެ ބައިވެރިންގެ ދެމެދުގައި އެ މުޢާމަލާތާ ގުޅޭ ޚުސޫމާތެއް ނ ތުމުންކަން، އެނގެން އޮންނަކަމަށެވެ. އިސްތިއުނާފު ކުރެވިފައިވާ މައްސަލައަށް ބަލާއިރު، ޒެން ރިސޯޓުގެ އޮތަ ރިޖްވުޑްގެ ޙިއްސާއަކީ ރިޖްވުޑްގެ މުދަލެއްކަމަށާއި، އެއީ ވަކި ވަކި ޙިއްސާދާރުންގެ އަމިއްލަ މުދަލެއް ނޫންކަމަށާއި، އެމުދަލާ ގުޅިގެން ކުންފުނީގެ ގަވާއިދުތައް ހުއްދަކުރާ ގޮތުގެ މަތިން ޑިރެކްޓަރުންގެ ބޯޑުގެ ހުއްދައާއެކު މުޢާމަލާތްކުރުމަކީ ރިޖްވުޑަށް ލިބިގެންވާ ޙައްޤެއްކަމަށާއި، އަދި އެޙައްޤުގެ ބޭނުން ހިފައި ހިންގި މުއާމަލާތުގެ ބައިވެރިންނަކީ ރިޖްވުޑްއާއި، އެކުންފުނީގެ ޙިއްސާ ގަތް ޕޮލެންޑްގެ ތިން ރައްޔިތުންކަމަށްވާއިރު، އެއިން އެއްވެސް ފަރާތެއްގެ ދެމެދު މި މުޢާމަލާތާ ގުޅިގެން ޚުސޫމާތެއް ނެތްކަމަށާއި، އެހެންކަމުން އެނިންމުން މިމައްސަލައަށް ތަތުބީޤު ކުރުމުގެ ނަތީޖާއަކީ، މި މުޢާމަލާތުގެ ބައިވެރިންގެ ގޮތުގައި ނުހިމެނޭ ތިންވަނަ ފަރާތަކަށް އެ މުޢާމަލާތް ބާޠިލްކުރުމަށް ދައުވާ ކުރުމުގެ ޙައްޤު ލިބިގެން ނުވުންކަމުގައެވެ. އޭގެ އިތުރުން، ރިޖްވުޑްގެ ހިންގާ ޤަވާއިދުގެ 4 ވަނަ މާއްދާ ނިޔާކުރާ ގޮތުން، ޙިއްސާ ބަދަލުކުރުމުގެ މުޢާމަލާތް ކުރިއަށް ގެންދިޔުމަށް ބޭނުންވަނީ، ލިޔުމުން އޮންނަ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ ހުއްދައެއްކަމަށާއި، 12 އޮކްޓޯބަރު 2016 ވަނަ ދުވަހު ފާސްކުރި ރިޖްވުޑްގެ ބޯޑު ރިސޮލިއުޝަނުން އެހުއްދަ ހޯދާފައިވާކަން އެނގެން އޮންނަކަމަށެވެ. އަދި ކުންފުންޏާބެހޭ ޤާނޫނުގެ 37 ވަނަ މާއްދާއިން ލާޒިމްކުރާ އިޖުރާއަތާ އެއްގޮތަށް، ޙިއްސާ ބަދަލުކުރުމުގެ މުޢާމަލާތް ރަޖިސްޓްރާރ އޮފް ކޮމްޕެނީޒްއަށް ހުށަހަޅައި، އެބަދަލު ރެޖިސްޓްރާރ އެންޑޯޒްކޮށްފައިވާކަނ އެނގެން އޮންނަކަމަށެވެ. އެހެންކަމުން، މިމުޢާމަލާތުގައި ޤާނޫނާ ޚިލާފު ނުވަތަ މަކަރާ ހީލަތުން ހިނގާފައިވާ ކަމެއް އޮތްކަމަށް ބެލެވޭނެ ޖާގައެއް ނެތްކަމަށެވެ. ދެފަރާތުން އެދޭގޮތް:
13އިސްތިއުނާފ ކުރު ފަރާތްތަކުން އިސްތިއުނާފީ މައްސަލައިގައި އެދޭގޮތް ކަމަށް ފާހަގަކޮށްފައިވަނީ، އަންނަނިވި ފަދައިންނެވެ.
އަމުރު
1.13. އިސްތިއުނާފުގައި ފާހަގަކޮށްފައިވާ ކަންކަމަށް ޙަވާލާދިނުމާއިއެކު، ޤަޟިއްޔާގެ ބޭނުމަށްޓަކައި، އަންނަނިވި މަޢުލޫމާތު ހާމަ ކުރުމުގެ އަމުރެއް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ މައްޗަށް ކޯޓުން ނެރެދެއްވުން؛ ރިޖްވުޑްގެ ފަރާތުން ހައިކޯޓަށް ހުށަހެޅި އިސްތިއުނާފީ ފޯމުގެ ނަންބަރު 10- "އެދޭގޮތް" fines and payments made by Movenpick Hotels and Resorts Management Private FZ-LLC (rerwgistration Number ) since its inception. fines and payments made by Zen Resort Private Limited (registration Number C-0510/2013) since its inception fines and payments made by RIDGEWOOD HOTELS AND SUITES PVT LTD (Registration Number C-0465/2011) since its inception.
2.13. އިސްވެ ނަންގަނެވުނު ކަންކަމަށް ރިޢާޔަތްކޮށް، މިޤަޟިއްޔާގޭ ބޭނުމަށްޓަކައި ތިރީގައިވާ 6 ޕޮލެންޑްގެ ރައްޔިތުން، 2016 ވަނަ އަހަރާއި 2017 ވަނަ އަހަރު ދިވެހިރާއްޖެއަށް ކުރި ދަތުރުތަކުގެ ތަފްޞީލް (ޓްރެވަލް އިވެންޓް ރިޕޯޓް) ހާމަކުރުމަށް މޯލްޑިވްސް އިމިގްރޭޝަންއަށް އަމުރުކޮށްދިނުމަށް ކޯޓުގައި އެދޭކަމަށް؛ 1- ޕަވެލް ޕޮޑޮލްސްކީ (Pawel Podwojewski) ޕާސްޕޯޓް ނަންބަރު: 2- މަލްގޮރްޒާޓާ ވޮޒްނިއަކް (Malgorzata Wozniak) ޕާސްޕޯޓް ނަންބަރު: 3- ރޮބަރޓް މިލިއެންޒުކް (Robert Mielenczuk) ޕާސްޕޯޓް ނަންބަރު: 4- އެލެކްސަންޑްރާ ޖަމައިކާ މިލެންޒުކް (Aleksandra Jamaica Mielenczuk) ޕާސްޕޯޓް ނަންބަރު: 5- ބޮޒޭނާ މިލެންޒުކް (Bozena Mielenczuk) ޕާސްޕޯޓް ނަންބަރު: 6- އިރެނެއުޝް ސަޖަވިކް (Ireneusz Sajewicz)، ޕާސްޕޯޓް ނަންބަރު: އިސްތިއުނާފީ މައްސަލަ
3.13. ޒެނ ރިސޯޓް ގައިވާ ރިޖްވުޑްގެ 90% ޙިއްސާ ބަދަލުކޮށް، 13 ނޮވެމްބަރު 2016 ގައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓްރީ ކޮށްފައިވާ، ރިޖްވުޑް/ ޒެން ރިސޯޓްގެ ޙިއްސާގެ މުޢާމަލާތަކީ ބޠިލާ މުޢާމަލތެއްކަމުގައި ކަނޑައަޅައިދިނުން؛
4.13. ސުޕްރީމް ކޯޓުގެ ނަންބަރު 2021/SC-A/43 މައްސަލައިގެ ޙުކުމްގެ 33 ވަނަ ޕްރެގްރާފުގައި ނ.ކުރެދިވަރު ރިސޯޓުގެ ސަބަބުން "ރިޖްވުޑް ކުންފުންޏަށް ފައިދާއެއް ލިބޭނަމަ، އެ ފައިދާއިން ރިޖްވުޑް ކުންފުނީގެ ޙިއްސާދާރުންނަށް ލިބޭ މަންފާގެ ތެރެއިން، ޙއްސާދާރަކަށް ވީތީވެ، މުޙައްމަދި ސަދީފަށ ލިބް މިންވަރު ހޯދުމުގެ ޙައްޤު މުޙައްމަދު ސަދީފަށް ލިބިގެންދާނެކަމަށް ބަޔާންކޮށްފައިވާތީ، 13 ނޮވެމްބަރު 2016 ގައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓްރީ ކޮށްފައިވާ، ރިޖްވުޑް / ޒެން ރިސޯޓގް ޙިއްސާގެ މުޢާމަލާތަކަށް ވުމުން، އެކަމާ ގުޅިގެން، އަންނަނިވި ބަދަލު ނަގައިދިނުމަށް އެދެވިދާނެކަމަށް އަމުރުކުން؛
1.4.13. ނ.ކުރެދިވަރު ރިސޯޓުގެ ސަބަބުން، ރިޖްވުޑް ކުންފުންޏަށް، 2011 އިން ފެށިގެން ފައިދާއެއް ލިބޭނަމަ، އެފައިދާއިނ ރިޖްވުޑް ކުންފުނީގެ ޙިއްސާދާރުންނަށް ލިބޭ މަންފާގެ ތެރެއިން، ޙިއްސާދާރުންނަށް ވީތީވެ، އިސްތިއުނާފުކުރާ 3 ފަރާތަށް ލިބެންޖެހޭ ޙައްޤު ޑިވިޑެންޓް ނަގައިދިނުން؛
2.4.13. ނ.ކުރެދިވަރ ރިސޯޓު ތަރައްޤީ ކުރުމަށްޓަކައި، ރިޖްވުޑް ކުންފުނި އަގުމަގުކޮށް ލޯނު ނެގުމުގައި ބޭނުންކޮށްފައިވާތީ، މިލޯނު ނެގުމުގައި، އިސްތިއުނާފު ކުރާ ފަރާތްތަކުގެ ޙިއްސާތައް، އެ ޙިއްސާ ހުރި ނިސްބަތުން އަގުކޮށްގެން، ލޯނު ނެގި ފަރާތަށް ލިބުނު ނާޖާއިޒު ފައިދާގެ ބަދަލު ހޯދުމުގެ ޙައްޤު، އިސްތިއުނާފު ކުރާ ފަރާތްތަކަށް ލިބިގެންވާކަމަށް ކަނޑައެޅުއްވުން ؛ މިއެވެ.
14އިސްތިއުނާފ ރައްދުވު ފަރާތް ތަކު ނ އެދޭގޮތް ކަމަށް ފާހަގަކޮށްފައިވަނީ، ސިވިލް ކޯޓުގެ ޙުކުމް ބޠާ ލ ކުރަންޖެހނޭ ތަނެއް ނެތްކަމަށް ކަނޑައަޅައި ދިނުމަށާއި، ދިވެހިރާއްޖޭގެ ހައިކޯޓުން އިސްތިއުނާފު ކުރާ ފަރާތްތަކަށް ޙައިޘިއްޔަތު ލިބިގެންވާކަމަށް ކަނޑައަޅާ ޙލަތުގާ އ ދެން ހުރި ކަންކަމަކީ ސިވިލް ކޯޓަށް ހުށަހެޅިގެން މަޢޟޫއު ގޮތުން އެކަންކަމަށް ގޮތް ކަނޑައަޅަންޖެހޭނެ ކަންކަން ކަމަށްވާތީވެ، ޙއަޘއްޔަތި އޮތްކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ކަނޑައަޅާ ޙާލަތުގައި މި މައްސަލގައާ ނުބެލި ހުރި ކަންކަން ބެލުމަށްޓަކައި އަލުން ސިވިލް ކޯޓަށް ތަޙުވީލުކޮށްދިނުމަށެވެ. މިކޯޓުން ގޮތް ކަނޑައަޅަންޖެހޭ ކަންތައްތައް:
15ހުށަހެޅިފައިވާ އިސްތިއުނާފީ ނުކުތާތަކާއި ދެފަރާތުން ދެއްކި ވާހަކައަށް ބަލާއިރު، މިކޯޓުން ގޮތް ކަނޑައަޅަންޖހެ މައިގަނޑު ސުވާލަކީ، ޙިއްސާ ބަދަލުކުރުމުގައި ހުރި އިޖުރާއީ ކަންކަމަށް ރިޢޔަތްކުރުމެއާ ނެތި މައްސަލަ ނިންމާފައިވަނީ، ދިވެހިރާއްޖޭގެ ކންފުންޏާބެހު ޤާނޫނު ގެ 36 ވަނަ މާއްދާއާއި، ފަނޑިޔާރުންގެ ޤާނޫނު ގެ 5 ވަނަ މާއްދާއާ ޚިލާފަށތް އާއި، މެޖޯރިޓީ ޙިއްސާދާރުން މަކަރާއި ހީލަތް ހެދުން ފަދަ ކަންކަމުގައި، މައިނޯރިޓީ ޙިއްސާދާރުންނަށް ކުންފުނީގެ މައްޗަށް ދައުވާކޮށް، ޙައްޤު ހޯދޭނެކަމުގައި ބަޔާނކުރ އުސޫލާ ޚިލާފަށްތޯއެވެ. މުދަލެއްގެ ގޮތުގައި އޮތް ޙއްސި އެއާ ބަދަލުކުރުމުގައި އަސާސީ ގަވާއިދާ ޚިލާފުވުން
16މިމައްސަލައިގައި ދަށު ކޯޓަށް ހުށަހެޅިފައިވާ ދައުވާއަކީ، އެކުންފުންޏެއްގެ ޙއްސާދާރުނި ގ ގޮތުގައި އިސްތިއުނާފު ކުރާ ފަރާތްތައް ހިމެނޭ ރިޖްވުޑްގެ މުދަލުގެ ތެރޭގައި ހިމެނޭ ޙއްސިތަކެއް (ޒެން ރިސޯޓގައު 26 ޖަނަވަރީ 2025 ދުވަހު ގެ މަޙްޟަރު ބަޔާން- ހައިކޯޓުގައި ބޭއްވުނު ޝަރީޢަތުގެ މަޖްލީހުގައި އިސްތިއުނާފު ރައްދުވާ ފަރާތުން ފާހަގަކޮށްފައި ވަނީ މިފަދައިން އޮތް ރިޖްވުޑްގެ 90% ޙިއްސާ) އެހެން ފަރާތްތަކަށް ބަދަލުކުރުމުގެ މިމުޢާމަލާތް ހިންގާފައިވަނީ، އިސްތިއުނާފު ކުރާ ފަރާތްތަކަށް އެންގުމެއް ނެތި، އިސްތިއުނާފު ކުރާ ފަރާތްތަކުގެ ޙައްޤު ގެއްލޭގޮތަށް ކަމުގައިވާތީ، އެޙިއްސާ ބަދަލުކުރުމުގެ މުޢާމަލާތް ބާޠިލްކޮށްދިނުމަށް އެދި ހުށަހެޅުނު ދައުވާއެކެވެ. ދައުވާ ހުށަހަޅަނީ ވަކި ޤާނޫނީ މަސްދަރަކަށް ޙަވާލާދީ ވަކި މާއްދާއެއްގެ ދަށުން ކަމަށް ދައުވާ ފޯމުގައި ބަޔާންކޮށްފައި ނުވެއެވެ.
17ދައުވާ ކުރުމުގެ ސިފަތު ނެތް ކަމަށް ދަށުކޯޓުން ކަނޑައެޅުމުގައި ރިޢާޔަތްކޮށްފައިވާ ކަންތައްތަކަކީ، ޙިއްސާ ބަދަލުކުރުމުގެ މުޢާމަލާތުގއަ ހިމެނި ފަރާތްކަމުގައިވާ ރިޖްވުޑްއާ ޙއްސާގަތި ފަރާތްތަކާމެދު ޚިލާފެއް އުފައްދާފައި ނުވާކަމާއި، ދ އަވ ހުށަހެޅާ މުޢާމަލާތުގެ ބައިވެރިން ނޫންކަމާއި، ވިއްކާލެވުނު ޒެން ރިސޓޯގައ އޮތި ރިޖްވުޑްގެ ޙިއްސާތަކަކީ، ރިޖްވުޑްގެ ނުއުފުލޭ މުދާކަމާއި، ދައުވާ ހުށަހެޅި ފަރާތްތަކަކީ، ރިޖްވުޑްގެ ޙިއްސާދާރުންކަމަށް ވުމަކީ، ޒެން ރިސޯޓު ގައި އޮތް ރިޖްވުޑްގެ ޙިއްސާތައް ބަދަލުކުރުމުގެ މުޢާމަލާތް ބާޠިލްކަމަށް ކަނޑައަޅައިދިނުމަށް އެދުމުގެ ޙައިސިއްޔަތު ލިބިގެންވާކަމެއް ނޫންކަމަށްވާތީ؛ އާއި ޒެން ރިސޓޯގައ އޮތި ރިޖްވުޑްގެ ޙިއްސާތަކަކީ، ރިޖްވުޑްގެ އަމިއްލަ މުދާކަމުން، އެކަމާމެދު ބަސްބުނުމުގެ ޙައިސިއްޔަތު މުޙައްމަދު ޞަދީފް އަދި ރިޖްވުޑްގެ ވަކިވަކި ޙިއްސާދާރުންނަށް ލިބިގެންނުވާތީއެވެ.
18ދަށު ކޯޓުގު މިނިންމުން ގޯސްކަމަށް ބުނެ އިސްތިއުނާފު ކުރާ ފަރާތްތަކުން ފާހަގަކުރާ މައިގަނޑު ކަމަކީ، މިޙިއްސާ ބަދަލުކުރުމުގައި ކުންފުނީގެ އަސާސީ ގަވާއިދާ ޚިލާފުވާކަމަށް ބުނެ ފާހަގަކުރި ކުރުމަށް ދަށު ކޯޓުން ރިޢޔަތްކޮށްފައާ ނުވާ ނުވުމުގެ މައްޗަށެވެ. ސިވިލް ކޯޓަށް ހުށަހެޅުނު ދައުވާ ފޯމުގެ ހުލާސާ ސިވިލް ކޯޓުގެ ނަންބަރު 4699/Cv-C/2019 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ ފާހަގަކުރެވުނު ނުކުތާ - (ބ) އބޙ ގެ - (ޅ)
19މިގޮތުން، މައިގަނޑު ގޮތެއްގައި ފާހަގަކުރަނީ، ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު ގެ 36 ވަނަ މާއްދާގައި "ޕްރައިވެޓް ކުންފުންޏެއްނަމަ، ހިންގާ ގަވާއިދުގައި ބުނާ ގޮތުގެ މަތިން އެކުންފުންޏެއްގެ ޑިރެކްޓަރުންގެ ބޯޑުގެ ހުއްދައާއެކު އެ ކުންފުންޏެއްގެ ޙިއްސާ އެކެއްގެ ކިބައިން އަނެކަކަށް ބަދަލު ކުރެވިދާނެ" ކަމަށް ބަޔާންކުރާއިރު، 13 ނޮވެމްބަރު 2016 ގައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓްރީކޮށްފައިވާ ރިޖްވުޑް ކުންފުންޏާއި ޒެން ރިސޯޓުގެ ޙިއްސާގެ މުޢާމަލާތް ހިންގާފައިވަނީ، ރިޖްވުޑް ކުންފުނީގެ ހިންގާ ގަވާއިދާ ޚިލާފަށްކަމަށާއި، މިކަމަށް ދަށު ކޯޓުގެ ޙުކުމުގައި ރިޢާޔަތްކޮށްފައި ނުވާ ކަމަށެވެ.
20HN1މިމައްސަލައިގއަ އިސްތިއުނާފި ކުރު ފަރާތް ތަކުން ސުވާލު އުފައްދާފައިވާ ބަހުޘަކީ، ރިޖްވުޑްގެ ރައުސްމާލުގައ ހިމެނި އެކުންފުނީގެ ޙިއްސާތަކަށ ބަދަލެއް ގެނެސްގެން އުފައްދާ ބަހުޘެއް ނޫނެވެ. މިމައްސަލައިގައި އޮތް ބަހުޘަކީ، އެހެން ކުންފުންޏެއް (ޒެން ރިސޯޓް)ގައި އޮތި ރިޖްވުޑްގެ މެޖޯރިޓީ ޙއްސާއަށް ގެނެވުނު ބަދަލެއްގެ ވާހަކައެވެ. ސުޕްރީމް ކޯޓުގެ މުޙައްމަދު ޝަވީދު ވ. މުޙައްމަދު ލަޠީފު ޤަޟިއްޔާގައި ފާހަގަކޮށްފައިވާ ފަދައިން، ޙިއްސާއަކީ، ޙިއްސާދާރުގެ މިލްކެކެވެ. އެޙއްސާގި މިލްކުވެރިކަން ރަމްޒުކޮށްދެނީ ޙިއްސާގެ ސެޓްފިކެޓުންނެވެ. އަދި ޙިއްސާއަކީ އުފުލޭ މުދަލެއްގެ ގޮތުގައި ގަނެވިއްކޭނެ އެއްޗެކެވެ. އެގޮތުން ޒެން ރިސޯޓުގެ ކުންފުނީގައި އޮތް ރިޖްވުޑްގެ ޙިއްސާއަކީ ރިޖްވުޑި ގ މުދަލެކެވެ. ކުންފުނިން މިލްކުކުރާ މިބާވަތުގެ އެކިއެކި ކުންފުނީގެ ޙއްސާއާއި ކުންފުނީގެ ރައުސިމާލު ޙިއްސާގެ ގޮތުގައި އެކަށައެޅޭ (allocate) ޙިއްސާއާ ތަފާތެވެ. ކުންފުނީގެ ރައުސްމާލުގެ ގޮތުގައި އެކަށައެޅޭ ޙި އްސާތަކަކީ އެޙއްސާދާރެއްގެ މިލްކެކެވެ. ޤާނޫނު ނަންބަރު 10/96 - ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނުގެ 34 ވަނަ މާއްދާ
21HN2ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު ގެ 36 ވަނަ މާއްދާގައި ބަޔާންކުރަނީ، އެކުންފުންޏެއްގެ ޙއްސި އެކަކު އަނެކަކުގެ ކިބައިން ބަދަލުކުރާއިރު، ޢަމަލުކުރަންވީ އިޖުރާއަތެވެ. މިއީ، ޙިއްސާގެ ބާވަތުން ގުޅިފައި ހުންނަ ޙައްޤުތަކާއި، ޙިއްސާ ގަނެވިއްކުމުގައި އެއިރެއްގައި ތިބޭ ޙިއްސާދާރުންނަށް ފުރުސަތި ފަހިކުރުން ފަދަ ހިންގާ ގަވާއިދުގައި ކަނޑައެޅިފައި ހުންނަ އުޞޫލުތަކާއި އެއްގޮތަށް އެކުންފުންޏެއްގެ ޙިއްސާ ބަދަލުކުރެވޭކަން ކަށަވަރުކޮށްދިނުމުގެ މަޤްސަދުގައި ހިމެނޭ މާއްދާއެކެވެ. އެހެންކަމުން، ކުންފުނިން މިލްކުކުރާ އެހެން ކުންފުންޏެއްގެ ޙިއްސާ ބަދަލުކުރުމުގައި މިމާއްދާ ތަޠުބީޤުކުރަންޖެހޭ އަސާސެއް ސާފެއް ނޫނެވެ. ރިޖވުޑްގެ ޙިއްސާ ބަދަލުކުރުމުގެ އިޖުރާއަތު މިމައްސަލައާއެކާ ހުށަހެޅިފައިވާ އެކުންފުނީގެ ހިންގާ ގަވާއިދުގެ 7-3 ވަނަ މާއްދާގައި ބަޔާންކޮށްފައިވެއެވެ. އެމާއްދާތަކާ ޚިލާފުވެގެން މިމައްސަލައިގައި ދަށުކޯޓު މަރުޙލާގައަ އަދި މިކޯޓުގައިވެސް ބަހުޘެއް އުފަންކޮށްފައިނުވެއެވެ.
22އެހެންނަމަވެސް، ފުރަތަމަ އިސްތިއުނާފީ ނުކުތާގައި އިސްތިއުނާފުކުރާ ފަރާތްތަކުން އުފައްދާ އެއްބަހުޘަކީ، ކުންފުނީގެ ރައުސްމާލަށް އިތުރުކުރުމުގައި ޢަމަލުކުރަންޖެހޭ އިޖުރާއާތު ރިޖްވުޑްގެ ހިންގާ ގަވާއިދުގެ 25 ވަނަ މާއްދާގައި ބަޔާންކޮށްފައިވާކަމަށެވެ. އެގޮތުން، އެގަވާއިދުގެ 25 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ އަންނަނިވި ފަދައިންނެވެ. “The company may from time to time increase its capital by the creation of new shares. Such increase to be of such amount, and to be divided into sharesof such respective amounts, and with or without a right or preference whether in respect of dividend or payment of capital or both, with such deferred rights to the original or other shares of the company as the company may, by the resolution sanctioning the increaese determines.”
23މިމާއްދާއަށް ބެލުމުން މިއީ ކުންފުނީގެ ޙއްސާގި ރައުސްމާލު އުނިއިތުރުކުރުމާގުޅޭ އިޖުރާއަތެއްކަން ސާފެވެ. ކުރިންވެސް ބަޔާންކުރި ފަދައިން އިސްތިއުނާފު ކުރާ ފަރާތްތަކުން ސުވާލު އުފައްދައިގެން މިއުޅޭ މުޢާމަލާތަކީ އެ ފަރާތުގެ ޙއްސާއޮތި ކުންފުންޏެއްގެ މިލްކުގައި އޮތް ޙިއްސާތަކެއް އެހެން ފަރާތަކަށް ބަދަލުކުރުމުގެ ސުވާލެކެވެ. މިކަމާމެދު ބަސްބުނުމުގެ ޙައްޤު މިމާއްދާއިން އިސްތިއުނާފ ކުރު ފަރާތާ ތަކަށް ލިބޭ އަސާސް ބުނެދެވިފައިވާކަމުގައި ނުދެކެމެވެ.
ހެއްކަށް ރިޢޔަތްނުކުރުނާ
24އިސް ތިއުނާފީ ދެވަނަ ނުކުތާގައި ފާހަގަކޮށްފައިވަނީ، ކުންފުނީގެ އެސެޓް ބަދަލުކުރުމުގައި އިޖުރާއީ އެތަކެއް އައިބެއް ހުރި ކަމަށާއި، މިކަންކަމާއި ގުޅޭގޮތުން ދަށުކޯޓަށް ހުށަހެޅި އެއްވެސް ކަމަކަށް އެކޯޓުން ރިޢާޔަތްކޮށްފައިނުވާކަމަށެވެ. މިގޮތުން، މިބާވަތުގެ ޙިއްސާ ބަދަލުކުރުމުގައި ކުންފުނީގެ ހިންގާ ގަވާއިދުގެ 25 ވަނަ މާއްދގައާ ޢާންމު ޖަލްސާއެއް ބާއްވަންޖެހޭ ކަމަށާއި، މޙިއްސާތައް ބަދަލުކުރުމުގައި މިފަދަ ޖަލްސާއެއް ބޭއްވިފައިނުވާކަމަށާއި، އެޖެންޑާގައި މިފަދަ އައިޓަމެއް ނެތްކަމަށާއި، ޙިއްސާ ބަދަލުކުރުމަށް ހުށަހެޅި ފޯމުގައި ޒެން ރިސޓޯ ކުންފުނީގެ އެއް ޙިއްސާދާރު ކަމުގައިވާ ދިވެހި ސަރުކާރުގެ ސޮއިނެތްކަމަށާއި، މިފަދަ އިން ފާހަގަކުރި އެއްވެސް ކަމަކަށް ޝަރީޢަތުން ރޢި ޔަތްކޮށްފައިނުވާކަމަށެވެ.
25HN3ޝަރީޢަތަށް ހުށަހެޅިފައިވާ މައްސަލައެއްގައި މައްސަލަ ބަލައި ހިންގާނެ ތަނެއް ނެތް ކަމަށް ބަޔާންކޮށް އިބުތިދާއީ/އިޖުރާއީ ހުށަހެޅުންތައް ހުށަހެޅުމަކީ، ޤާނޫނީ ނިޒާމުތަކުގައި އިސްތިޤްރާރުވެ ޢަމަލުކުރެވެމުންދާ ކަމެކެވެ. މިގޮތުން މައްސލަބެލުމުގަ އިޚތް ޞާޞި ލިބިގެންނުވުމާއި، ދައުވާކުރުމުގެ ސިފަތު ނެތުމާއި، ދައުވާ އުފުލުގެ މުއްދަތު ހަމަވުން ފަދަ ޤާނޫނީ ގޮތުން ބަލައިގަނެވިފައިވާ އޞު ލުތަކެއޫ ހުރެއެވެ. މިފަދައިން، އިބތް ދާއީ/ އިޖުރާއީ އޞުލަކ ހުރާ ބާޠިލުކުރެވޭ މައްސަލަތަކުގައި، ގޮތް ކަނޑައަޅަނީ އެއިބްތިދާއީ/ އިޖުރާއީ ހުށަހެޅުމެކެވެ. އިބްތިދާއީ ހުރަހަކާހުރ މައްސަލެ ކުރިއަށް ގެންދެވޭނެ ޙލަތެއާ ނެތް ކަމަށް ކަނޑައެޅޭއިރު، އަސްލު މައުޟޫއީ ދައުވާގައި ހުށަހެޅިފައިވާ ބަހުޘު މެދާ ގޮތް ކަނޑައަޅައި، ދައުވާއާއި ދަފުޢުއ ހެކާ ވަޒަންކުރާނަމަ، މައްސަލަ ކުރިއަށް ގެންދަން ހުރަސްއެޅޭ ކަމަށް ނިންމާ ނިންމުމަކީ އޭގެ ޒާތުގައި ބޭނުމެއް ނެތް ނިންމުމަކަށް ވެގެންދާނެއެވެ.
26މިމައްސަލައިގއަ އިސްތިއުނާފި ކުރެވު ނިންމުމަށް ބަލާއިރު، އެނިންމުމަކީ ހުށަހެޅިފައިވާ ދައުވާކުރުމުގެ ސިފަތު ނެތްކަމަށް ޝަރީޢަތަށް ފާހަގަކުރެވިގެން ނިންމާފައިވާ އިބތިދާއް މަރުޙލާގަ ނިންމުމެކެވެ. ދައުވާކުރުމުގެ ސިފަތު ލިބިގެންނުވާކަމަށް ޝަރީޢަތަށް ބުރަވެވުމުން ނިންމާފައިވާ މިނިންމުމުގައި، މައުޟޫއީ ދއަވ ބިނާކުރާ ހެކިތަކާއި ވާޤިއާތައް ޝަރީޢަތުން ވަޒަންކޮށްފައިނުވުމަކީ، އެފަދަ ނިންމުމެއް ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) އާ ޚިލާފުވުން ކަމުގައި ނުބެލެވޭނެއެވެ.
މަކަރާއި ހީލަތް ހަ ދުން
27އިސްތިއުނާފީ ތިންވަނަ ނުކުތާގައި އިސްތިއުނާފު ކުރާ ފަރާތްތަކުން އުފައްދާފައިވާ ބަހުޘަކީ ސުޕްރީމް ކޯޓުގެ މުޙައްމަދު އިބްރާހީމްދީދީ ވ. އ ޅ ވެލި ލާމު ހޯލްޑިންގްސް ޤަޟިއްޔާގެ 21.3 ވަނަ ނުކުތާގައި، މެޖޯރިޓީ ޙިއްސާދާރުން މަކަރާއި ހީލަތް ހެދުންފަދަ ކަންކަމުގައި، މައިނޯރިޓީ ޙިއްސާދާރުންނަށް ކުންފުނީގެ މައްޗަށް ދައުވާކޮށް، ޙައްޤު ހޯދޭނެކަމުގައި ބަޔާންކުރާއިރު، އެކަމަށް ދަށު ކޯޓުން ރިޢާޔަތްނުކުރާ ކަމަށާ ބުނެ އުފައްދާފައިވާ ބަހުޘެވެ.
28HN4ދ ވެހިރާއްޖޭގެ ސުޕްރީމް ކޯޓގު ޤަޟިއްޔާތަކުގައި، ކުންފުނީގެ ޤާނޫނީ ޝަޚުސުގެ މަފްހޫމް ތަކުރާރުކޮށް މާނަކުރެވި އިސްތިޤްރާރުވެފައިވެއެވެ. ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު ގެ 15 ވަނަ މާއްދާގެ ދަށުން ކަނޑައަޅާފައިވާ އަސާސީ ހަމައަކީ، ކުންފުންޏަކީ އެ ކުންފުނީގެ ޙިއްސާދާރުންނާ ވަކިން އުފެދިފައިވާ ޤާނޫނީ ޝަޚްޞެއްކަމެވެ. ކުންފުނީގެ ޙައްޤުތަކާއި އިލްތިޒާމުތަކަކީ ކުންފުނީގެ އަމިއްލަ އެއްޗެކެވެ. ކުންފުނީގެ ނަމުގައި މުޢާމަލާތު ކުރެވެނީ ވެސް ކުންފުންޏަށެވެ. ދައުވާ ކުރުމުގެ ޙއިސިއްޔަތަ ވެސް އޮންނަނީ ކުންފުނީގެ ނަމުގައެވެ. (ސުޕްރީމް ކޯޓުގެ މުޙައްމަދު ޝަވީދު ވ މުޙައްމަދު ލަޠީފު ޤަޟިއްޔާ އާއި މުޙައްމަދު އިބްރާހީމްދީދީ ވ. އޮޅުވެލި ލާމް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑާއި އިތުރު ދެ ފަރާތެއް ޤަޟިއްޔާ)
29ކުންފުނީގެ މިލްކިއްޔާތު ވާނީ ކުންފުނީގެ މުދަލަށްކަމާއި ކުންފުނީގައިވާ އެއްވެސް މުދަލެއްގެ މައްޗަށް ޙއްސާދާރެއްގި ޙިއްސާގެ ނިސްބަތުން އެއްވެސް ޙައްޤެއް އޮންނާނެ ހަމައެކަނި ޙާލަތަކީ ކުންފުނި އުވާލުމުގެ މަސައްކަތް ކުރުމަށް ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު ގެ 76 ވަނަ މާއްދާގެ ދަށުން އައްޔަންކުރެވޭ ފަރާތެއް އައްޔަނުކޮށ އެފަރާތުން ކުންފުން އުވާލުމުގެ މަސައްކަތްކޮށް ކުންފުނީގައި ހުރިނަމަ ހުރި ދަރަންޏެއް އަދާކުރުމަށްފަހު ކުންފުނީގެ ޙިއްސާދާރުންގެ މެދުގައި ބަހާނޭ އެއްވެސް މުދަލެއި ބާކީ ހުރިނަމަ އެމުދަލެއްގެ މައްޗަށް އެ ޙއްސާދާރެއްގި ޙިއްސާގެ ނިސްބަތުން ޙައްޤު އޮންނަ ޙާލަތެވެ. (ސުޕްރީމް ކޯޓުގެ މުޙައްމަދު ޝަވީދު ވ މުޙައްމަދު ލަޠީފު ޤަޟިއްޔާ)
30ކުންފުނި ރަޖިސްޓް ރީވުމ ގުޅިގެނާ ކުންފުންޏަށް ލިބް ކުންފުނީގެ ރަޖިސްޓްރީގެ ފަރުދާއަކީ މުތުލަޤށަ ލިބިފައިވާ ނުވަތަ ނިގުޅައިނުގަނެވޭނެ އެއްޗެއް ނޫން ކަމަށާއި، ކުންފުންޏަށް ލިބިގެންވާ ޤާނޫނީ ޝަޚުސާ އެއްފަރާތްކޮށް އެއްކިބާ ކުރެވިދާނެ އިސްތިސްނާއީ ޙާލަތުތަކެއް ކުންފުންޏާބެހޭ ޤާނޫނުގައި (މިސާލަކަށާ ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނުގެ 74 ވަނަ މާއްދާ) ގައި ކަނޑައަޅާފައިވެއެވެ. އޭގެ ތެރެއިން އިސްތިސްނާ ޙާލަތުތަކަކީ މަކަރާއި ހީލަތް ހެދުމަށާއި، ޚިޔާނާތްތެރި ވުމަށާއި އޮޅުވާލުމަށާއި، ޤާނޫނާ ޚިލާފު މަޤްސަދެއް ހާސިލުކުރުމަށްޓަކައި ކުންފުންޏަށް ލިބިގެންވާ ވަކި ޤާނޫނާ ޝަޚުސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރާ ޙލަތާތަކެވެ. މިފަދަ ޢަމަލުތައް ކުރާމީހުން، ކުންފުންޏަށް ލިބިފައިވާ ޝަޚުސުގެ ނުވަތަ ކުންފުނީގެ ރަޖިސްޓރީގް ފަރުދާގެ ފުރަގަހުގައި ފިލައި ތިބުމަށް ކުންފުންޏާބެހޭ ޤާނޫނު ތަން ނުދޭކަމަށާއި، އެފަދަ ޙާލަތެއް ފެނިއްޖެ ނަމަ ކުންފުނީގެ ޝަޚްޞު ގެ ފަރުދާ އެއްފަރާތްކޮށް އެފަދަ ޢަމަލުތައް ކުރާ ޑިރެކްޓަރުން ޝަޚްޞު ގޮތުން ޒިއްމާކުރުވުމަށް ކުންފުންޏާބެހޭ ޤާނޫނު ހުއްދަކުރެއެވެ. (ސުޕްރީމް ކޯޓުގެ ޝަރޫ ލޯންޗް ސަރވިސް ޕްރައިވެޓް ލިމިޓެޑް އަދި އިތުރު 3 ފަރާތް ވ. ފެނަކަ ކޯޕަރޭޝަން ލިމިޓެޑް ޤަޟިއްޔާ)
31HN5ކުންފުނިން ކުރް މުޢާމަލާތަކާ ގުޅިގެން ކުންފުނީގެ ޑިރެކްޓަރުން ފަރުދީގޮތުން ޒިންމާ ކުރުވާނަމަ، މަކަރާއި ހީލަތް ހެދުން ނުވަތަ ނުނިޔަތުގައި ކަން ކުރުން ނުވަތަ ޑިރެކްޓަރަކަށް ކުންފުނީގެ އަސާސީ ގަވާއިދާއި ހިންގާ ގަވާއިދުން ލިބިދޭ ޤާނޫނީ ބާރުގެ ބޭރުން ކަންކުރިކަނ ޝަރީޢަތަށް ސާބިތުވާކަން ވަރަށް ސާފުކޮށް ކޯޓުން ކަނޑައަޅަންޖެހޭނެވެ. އަދި ކޯޓުން އެ ނަތީޖާއަށް ވާޞިލްވި ގޮތް ސާފުކޮށް ބަޔާންކުރަން ޖެހޭނެއެވެ. މީގެ އިތުރަށް، ދައުވާކުރާ ފަރާތުން އެކަމަށް އެދިފައި އޮންނަން ޖެހޭނެއެވެ. (ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޕާރލް ހޮލިޑޭސް ޕްރައިވެޓް ލިމިޓެޑް ވ. މުޙައްމަދު ޢަޒުމީ39 )
32ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނުގެ 73 ވަނަ މާއްދާގެ ދަށުން ކުންފުނީގެ މެންބަރެއްގެ މަސްލަޙަތަށް ނުވަތަ ޙައްޤަކަށް އުނިކަމެއް ލިބިއްޖެނަމަ، ނުވަތަ އެ ކުންފުންޏެއްގެ ކަންތައްތައް ހިންގައި ކުރިއަށް ގެންދަނީ ކުންފުނީގެ މެންބަރެއްގެ ނުވަތަ މެންބަރުންގެ ތެރެއިން ބައެއްގެ މަސްލަޙތަށ ނުވަތް ޙައްޤަކަށަ އުނިކަމެއް ލިބޭފަދަ ގޮތަކަށްކަމުގައިވާނަމަ، އެ މާއްދާގައި ބަޔާންކޮށްފައިވާފަދަ ބާވަތްތަކުގެ އަމުރު ނެރުމުގެ ބާރު ކޯޓަށް ލިބެއެވެ. ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނުގެ 73 ވަނަ މާއްދާގެ ދަށުން އަމުރުތައް ނެރުމުގެ ޙާލަތުތަކުގެ ތެރޭގައި ހިމެނެނީ ކުންފުނި ވަކި ގޮތަކަށް ހިންގުމަށް ނެރޭ އަމުރާއި، ކަމެއް ރަނގަޅުކުރުމުގެ ނުވަތަ ހުއްޓުވުމުގެ އަމުރާއި، އަދި ކުންފުނީގެ އަސާސީ ގަވާއިދަށް ނުވަތަ ހިންގާ ގަވާއިދަށް ބަދަލު ގެނައުމުގެ އަމުރުކަމަށާއި، މިއީ ކުންފުނީގެ މެންބަރެއްގެ ޙައްޤަކަށް އުނިކަމެއް އަންނަނަމަ ކޯޓުގައި އެދެވިދާނެ ފަރުވާތަކެވެ. (ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓގު ޙުސައިން ޝަރީފް ވ. ބްލޫ ލެގޫން އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑް އަދި މިނިސްޓްރީ އޮފް ޓޫރިޒަމް (ދިވެހި ދައުލަތް) )
33މިމައްސަލަ ދަށު ކޯޓަށް ހުށަހެޅި ދައުވާ ފޯމުގެ އެއްވެސް ހިސާބެއްގައި މިއީ ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނުގެ 73 ނުވަތަ 74 ވަނަ މާއްދާގެ ދަށުން ހުށަހަޅާ މައްސަލައެއްކަމަށް ބުނެ ދައުވާ ކުރާ ސަބަބެއް (ކޯސް އޮފް އެކްޝަން) އެއް އުފައްދާފައިނުވެއެވެ. މިކަމަށް އިސްތިއުނާފު ކުރާ ފަރާތުން މިކޯޓުގައިވެސް އެއްބަސްވެއެވެ. ދައުވާގެ ސީޣާ އޮތް ގޮތުން، މިއީ ޙިއްސާދާރުންނަށް ގެއްލުންވާ މުޢާމަލާތެއް ބާޠިލުކުރުމުގެ ދައުވާއެއް ހެން ކޮންމެވެސް މިންވަރަކަށް ދޭހަވިނަމަވެސް މިއީ ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނުގެ 73 ވަނަ މާއްދާގެ ދަށުން އަމުރަކަށް އެދި ހުށަހަޅާ ދައުވާއެއްކަން ނުވަތަ ޑިރެކްޓަރުން ޒިންމާ ކުރުވުމުގެ ގޮތުން ހުށަހަޅާ ދައުވާއެއްކަނ ވެސް ސާފެއް ނޫނެވެ.
34ޑިރެކްޓަރުން ޒިންމާދާރުކުރުވުމުށ ހުށަހެޅް ދައުވާއެއް ނަމަ ފެތޭނީ ޤާނޫނުގައި ބުނާ ޙލަތްތަކުގާ (މަކަރާއި ހީލަތް ހެދުމަށާއި، ޚިޔާނާތްތެރި ވުމަށާއި އޮޅުވާލުމަށާއި، ޤާނޫނާ ޚިލާފު މޤަސަދެއް ޙސިލުކުރުމަށްޓަކައާ ކުންފުންޏަށް ލިބިގެންވާ ވަކި ޤާނޫނީ ޝަޚޞުއްޔަތު ނަހަމަގޮތުގައި ބޭނުންކުރާ ޙލަތުތާ އ) ތެރެއިން ކޮން ޙލަތަކަށާ ކަން އެނގޭގޮތަށް މައްސަލައިގް ވާޤިއާތަކާއި ޤާނޫނީ ސަބަބު ހުށަހަޅާފައިނުވެއެވެ.
35އިސްވެ ޙަވާލާދެވުނު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓގު ޕާރލް ހޮލިޑޭސް ޕްރައިވެޓް ލިމިޓެޑް ވ. މުޙައްމަދު ޢަޒުމީ ޤަޟިއްޔާގައިވެސް ކުންފުނިން ކުރި މުޢާމަލާތަކާ ގުޅިގެން ކުންފުނީގެ ޑިރެކްޓަރުން ފަރުދީގޮތުން ޒިންމާ ކުރުވާނަމަ، މަކަރާއި ހީލަތް ހެދުން ނުވަތަ ނުނިޔަތުގައި ކަން ކުރުން ނުވަތަ ޑިރެކްޓަރަކަށް ކުންފުނީގެ އަސާސީ ގަވާއިދާއި ހިންގާ ގަވާއިދުން ލިބިދޭ ޤާނޫނީ ބާރުގެ ބޭރުން ކަންކުރިކަން ޝަރީޢަތަށް ސާބިތުވާކަން ވަރަށް ސާފުކޮށް ކޯޓުން ކަނޑައަޅަންޖެހޭނކަމަށާއި، އަދި ކޯޓުން އެ ނަތީޖާއަށް ވާޞިލްވި ގޮތް ސާފުކޮށް ބަޔާންކުރަން ޖެހޭނެ ކަމަށް ބަޔާންކޮށްފައިވެއެވެ. މީގެ އިތުރަށް، ދައުވާކުރާ ފަރާތުން އެކަމަށް އެދިފައި އޮންނަން ޖެހޭނކަމަށެ މިޤަޟިއްޔާގައި ބަޔާންކޮށްފައިވެއެވެ.
36މިއިސްތިއުނާފީ ނުކުތާގެ ރައްދުގައާ އިސްތިއުނާފި ރައްދުވު ފަރާތްތަކުން ފާހަގަކޮށްފައިވަނީ، ކުންފުނީގެ ޑިރެކްޓަރުން މަކަރާއި ހީލަތުން ކަމެއް ކޮށްފައިވާކަމަށް ދަށު މރުޙަ ލާގައި ފާހަގަކޮށްފައިނުވާކަމަށެވެ. ދަށު ކޯޓުގެ ރިޕޯޓަށާއި އިސްތިއުނާފު ފޯމަށް ބަލާއިރު ވެސް މަކަރާއި ހީލަތުގެ ވަކި ޢަމަލެއް ފާހަގަކޮށީ މިއިސްތިއުނާފ ނުކުތާ ބިނާކޮށްފައިނުވެއެވެ. ނަމަވެސް، މިއިސްތިއުނާފީ ނުކުތާގައި ފާހަގަކޮށްފައިވަނީ، ހައިކޯޓުގެ މުޙައްމަދު ޞަދީފް ވ. ދައުލަތް (މިނިސްޓްރީ އޮފް ޓޫރިޒަމް) މައްސަލައިގައި ޙއްސި ބަދަލުކުރުމުގެ ސަބަބުން މައިނޯރިޓީ ޙއްސާދާރުންނަށި ގެއްލުންވާ ނެކަމަށް ފާހަގަކޮށްފައިވާކަމަށެވެ. ކުންފުންޏެއްގެ، ވަކިން ޚާއްސަކޮށް، ވަކި މަޤްސަދެއް ޙާސިލުކުރުމަށް އުފައްދާ ޖޮއިންޓް ވެންޗަރ ކުންފުންޏެއްގެ މައި މުދަލުގެ ގޮތުގައި ހިމެނޭ އެހެން ކުންފުންޏެއްގެ ޙިއްސާ ބަދަލުކުރުމި ކ ކުންފުނީގަ މަސލް ޙަ ތަށ އަސަރުކުރާނެކަމެކެވެ. އެއީ، ކުންފުނީގެ ސިކުނޑިކަމުގައިވާ ޑިރެކްޓަރުންގެ ބޯޑުން އެތައީ ގޮތަކުން ވިސްނާފައި ނިންމާނެ ނިންމުމެކެވެ. އެފަދަ ނިންމުމެއް ނިންމުމުގައި ނުނިޔަތެއް އޮތް ކަމަށް ބުނެ ދައުވާއެއް އުފުލުމަށްޓަކައި ހިނގާފައިވާ މަކަރާއި ހީލަތަކީ ކޮބައިކަން ސާފުކޮށް ބުނެ ދައުވާކުރާ ސަބަބެއް އުފަންކޮށް ޚާއްސަގޮތެއްގައި އެފަރުވާއަށް އެދެންޖެހެއެވެ.
37މިމައްސަލަ މިގޮތަށް ނިންމުމުގައި ދަށުކޯޓުގެ ނިންމުން ބިނާވި އަސާސަކީވެސ މައްސަލައިގް އެދޭ ފަރުވާއަކީ ޤާނޫނީގޮތުން ދެވިދާނެ ފަރުވާއެއްކަމުގައި ނުބެލެވުމެވެ. ޑައިރެކްޓަރުން ފަރުދީގޮތުން 26 ޖެނުއަރީ 2025 ވަނަ ދުވަހުގެ ހައިކޯޓުގެ މަޙްޟަރު ބަޔާން - ޞަފްޙާ 13 2020/HC- A/42 Lazarus Estates v Beasely ގަޒިއްޔާގައި ލޯޑް ޑެނިންގ ބުނެފައިވަނީ: No judgment .“… No court in this land will allow a person to keep an advantage which he has obtained by fraud Fraud unravels .no order of a Minister can be allowed to stand if it has been obtained by fraud ,of a court ,The court is careful not to find fraud unless it is distinctly pleaded and proved; but once it is proved .everything contracts and all transactions whatsoever… ,it vitiates judgments [1956] 1QB 702 at 712 ޒިންމާކުރުވުމުގ ނުވަތެ މައިނޯރިޓީ ޙައްޤު ރައްކާތެރިކުރުމުގެ އަމުރަކަށް އެދުމުގެ ބަދަލުގައި ދައުވާގައި އެދިފައިވަނީ މުދަލުގެ މުޢާމަލާތެއް ބާޠިލުކުރުމަށެވެ. ދަށު ކޯޓުން ބަޔާންކޮށްފައިވަނީ މިފަރުވާ ހޯދުމަށް އެދުމުގެ ޙައިޘިއްޔަތު އިސްތިއުނާފު ކުރާ ފަރާތްތަކަށް ލިބިގެންނުވާކަމަށެވެ. ސުޕްރީމް ކޯޓުގެ ރިޖްވުޑް ހޮޓެލްސް އެންޑް ސުއިޓްސް ޕްރައިވެޓް ލިމިޓެޑް ވ. މުޙައްމަދު ޞަދީފް ޤަޟިއްޔާގައިވެސް ކުންފުނީގެ މުދަލާއި މެދު ބަސްކިޔައ ގޮތި ކަނޑައެޅުމުގެ ޙައްޤު ޙިއްސާދާރުންނަށް ލިބިގެންނުވާކަމަށް ކަނޑައަޅާފައިވެއެވެ. ކުންފުނީގެ ހިންގުމުގައި މަކަރާއި ހީލަތުގެ ޢަމަލެއް ހިނގާފައިވާނަމަ އެކަމަކީ ކޮބައިކަން ބުނެ އެޢަމަލަށް ޒިންމާކުރުވުމުގެ ފަރުވާއަކަށް އެދިފައިނުވެއެވެ.
ހެކި ހާމަކޮށްނުދިނުން
38އިސްތިއުނާފީ ހަތަރުވަނަ ނުކުތާގައި އުފައްދާފައިވާ ބަހުޘަކީ، މިމައްސަލައިގައި ގެއްލުމުގެ ބަދަލު ދަނެގަތުމަށްޓަކައި ހެކި ހާމަކޮށްދިނުމަށް އިސްތިއުނާފު ކުރާ ފަރާތްތަކުން އެދުނު ނަމަވެސް އެފަދަ އަމުރެއް ނެރެދީފައިނުވާކަމަށާއި، އަދި އެހެއްކަށް ރ ޢޔަތްނުކުރ ކަމަށާ ބުނާ އުފައްދާ ބަހުޘެ ވެ.
39މިއަމުރު ނެރުމާ ގުޅޭގޮތުން ދަށު ކޯޓުގެ ރިޕޯޓުގެ ފާހަގަކުރެވުނު ނުކުތާ (ވ) ގައި ބަޔާންކޮށްފައިވަނީ، ހުށަހެޅިފައިވާ ދައުވާ ފޯމުގައި އެއްވެސް ބަދަލަކަށް އެދި ހުށަހަޅާފައިނުވާތީއާއި، އަދި މިމައްސަލަ ނިމެނީ މައިގަނޑު ޚުސޫމާތާއި މެދު ދައުވާ ކުރުމުގެ ސިފަތު ނެތުމުން ކަމަށްވާތީ، އެފަދަ އަމުރެއް ނެރުމާމެދު ޝަރީޢަތުން ގޮތެއް ކަނޑައަޅާނެ ތަނެއް ނެތްކަމަށް ވެ. އެހެންކަމުން، މި އިސްތިއުނާފީ ނުކުތާ ބިނާކުރުމުގައި ދަށު ކޯޓުން އިސްތިއުނާފު ކުރާ ފަރާތްތަކުގެ މިހުށަހެޅުމަށް ރިޢާޔަތްނުކުރާކަމަށް ފާހަގަކުރިނަމަވެސް، އެހުށަހެޅުމާމެދު ދަށު ކޯޓުން ގޮތެއް ނިންމި ކަމާއި އެގޮތަށް ނިންމި ސަބަބު ބަޔާންކޮށްފައިވާކަން އެނގެއެވެ. ދަށު ކޯޓުގެ ރިޕޯޓުގެ ފާހަގަކުރެވުނު ކަންތައް: (ވ) ނުވަވަނަ ކަމަކީ
40HN6މައްސަލަ މިކޯޓުގައ ހިންގުމުގެ ބޭނުމަށް މިލިޔެކިޔުންތައ ހޯދުމަށް އެދް އަމުރުކޮށްދިނުމަށް އިސްތިއުނާފު ކުރާ ފަރާތްތަކުން އެދިފައިވާއިރު، މިކޯޓަށް ހުށަހެޅިފައިވަނީ މައްސަލައިގެ މައުޟޫއަށް ގޮތެއް ކަނޑައެޅުމެއްނެތި، ދައުވާކުރުމުގެ ސިފަތު ނެތް ކަމަށް ނިންމި ނިންމުމެއްގެ އިސްތިއުނާފެއް ކަމުގައިވާއިރު، މިއިސްތިއުނާފުގެ ބޭނުމަށް، އެފަރާތުން ފާހަގަކުރާ ލިޔެކިޔުންތައް ހޯދުމަށް ނުވަތަ ހާމަކުރުމަށް މިކޯޓުން އަމުރުކުރަންޖެހޭ އެކަށީގެންވާ ސަބަބެއް އޮތް ކަމުގައި ނުދެކެމެވެ.
41މިމައްސަލައިގެ ފަރުވާއަށް އެދުމުގައި ސުޕްރީމް ކޯޓުގެ ރިޖްވުޑް ހޮޓެލްސް އެންޑް ސުއިޓްސް ޕްރައިވެޓް ލިމިޓެޑް ވ. މުޙައްމަދު ޞަދީފް މައްސަލައިގެ ޙުކުމްގެ 33 ވަނަ ޕްރެގްރާފުގައި ނ.ކުރެދިވަރު ރިސޯޓުގެ ސަބަބުން "ރިޖްވުޑް ކުންފުންޏަށް ފައިދާއެއް ލިބޭނަމަ، އެ ފައިދާއިން ރިޖްވުޑް ކުންފުނީގެ ޙިއްސާދާރުންނަށް ލިބޭ މަންފާގެ ތެރެއިން، ޙިއްސާދާރަކަށް ލިބޭތީވެ، ލިބޭ މިންވަރު ހޯދުމަށް ކަނޑައެޅިފައިވާތީ"، ފަރުވާތަކަކަށ އެދިފައިވާކަން ފާހަގަކުރެވެއެވެ. ސުޕްރީމް ކޯޓުގެ އެނިންމުމުގެ ސަބަބުން އެދެވިދާނެ ފަރުވާތަކަކީ ކޮބައިކަމާއި މިންވަރު ކަނޑައެޅުމަކީ، މިއިސްތިއުނާފުގެ ތެރެއިން ބަލައި ގޮތެއް ކަނޑައެޅިދާނެ ކަމެއް ކަމުގައި ނުދެކެމެވެ.
ނިންމަން ފެނުން ގޮތް
42އިސްވެދިޔަ ސަބަބުތައް އެފަދައިން ހުރުމުން، ސިވިލް ކޯޓުގެ ނަންބަރު 4699/Cv-C/2019 ޤަޟިއްޔާގެ ނިންމުމަށް ބަދަލެއް ގެންނާނެ ތަނެއް ނެތްކަމަށް ކަނޑައަޅައި މައްސަލަ ނިންމަން ފެނެއެވެ.
ފަނޑިޔާރު ޙަސަން ޝަފީޢުގެ ރައުޔު
43ފަނޑިޔާރު ފާޠިމަތު ފަރްހީޒގާ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.
ފަނޑިޔާރު ޢަބް ދުލމް ނިޢު ޙުސައިންގެ ރައުޔު
44ފަނޑިޔާރު ފާޠިމަތު ފަރްހީޒާގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.
އިސްތިއުނާފުކުރުމުގެ އިޖުރާއަތު ބަޔާންކޮށްދިނުން
45މިޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި ޙުކުމްކުރުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ޤަޟިއްޔާ އިސްތިއުނާފުކުރުމުގެ ޙައްޤު މައްސަލައިގެ ޚަސްމުންނަށް ލިބިގެންވެއެވެ. އާންމު އުޞޫލެއްގެ ގޮތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށްމައްސަލައިސްތިއުނާފުކުރުމަށްހުށަހެޅޭނީދިވެހިރާއްޖޭގެ ހައިކޯޓުން ނިންމުން ނިންމާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައެވެ. މި މުއްދަތުގެ ތެރޭގައި ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ޙަވާލުކޮށްފައިނުވާނަމަ، އިސްތިއުނާފުކުރުމުގެ މުއްދަތު ގުނަން ފަށާނީ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ޙަވާލުކުރާ ތަރީޚުން ފެށިގެންނެވެ. އެހެނަސް، ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ ޚުލާޞާއަށް ބިނާކޮށްވެސް އިސްތިއުނާފަށް ހުށަހެޅިދާނެއެވެ. މިކަމުގައި ދެވޭ އިސްތިސްނާ މަދަނީ އިޖުރާއަތުގެ ޤާނޫނު (ޤާނޫނު ނަންބަރު 2021/32)ގެ 284 ވަނަ މާއްދާގެ (ރ) ގައި ބަޔާންކުރެއެވެ. މަދަނީ އިޖުރާއަތުގެ ޤާނޫނު (ޤާނޫނު ނަންބަރު 2021/32)ގެ 284 ވަނަ މާއްދާގެ (ހ) މަދަނީ އިޖުރާއަތުގެ ޤާނޫނު (ޤާނޫނު ނަންބަރު 2021/32)ގެ 284 ވަނަ މާއްދާގެ (ށ) މަދަނީ އިޖުރާއަތުގެ ޤާނޫނު (ޤާނޫނު ނަންބަރު 2021/32)ގެ 284 ވަނަ މާއްދާގެ (ނ)
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ޤާނޫނު ނަންބަރު 10/96 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު) ގެ 15، 36، 73، 74 އަދި 76 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 13/2010 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ށ)
- ސުޕްރީމް ކޯޓުގެ 2017/SC-A/39 (މުޙައްމަދު ޝަވީދު ވ. މުޙައްމަދު ލަޠީފު)
- ސުޕްރީމް ކޯޓުގެ ރިޖްވުޑް ހޮޓެލްސް އެންޑް ސުއިޓްސް ޕްރައިވެޓް ލިމިޓެޑް ވ. މުޙައްމަދު ޞަދީފް [2021] SC 73 (2021/SC-A/43)
- ސުޕްރީމް ކޯޓުގެ މުޙައްމަދު އިބްރާހީމްދީދީ ވ. އޮޅުވެލި ލާމު ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް (2019/SC-A/62)
- ސުޕްރީމް ކޯޓުގެ ޝަރޫ ލޯންޗް ސަރވިސް ޕްރައިވެޓް ލިމިޓެޑް ވ. ފެނަކަ ކޯޕަރޭޝަން ލިމިޓެޑް
- ސުޕްރީމް ކޯޓުގެ ޕާރލް ހޮލިޑޭސް ޕްރައިވެޓް ލިމިޓެޑް ވ. މުޙައްމަދު ޢަޒުމީ
- ސުޕްރީމް ކޯޓުގެ ޙުސައިން ޝަރީފް ވ. ބްލޫ ލެގޫން އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑް އަދި މިނިސްޓްރީ އޮފް ޓޫރިޒަމް
- ހައިކޯޓުގެ 2020/HC-A/42 (މުޙައްމަދު ޞަދީފް ވ. ދައުލަތް (މިނިސްޓްރީ އޮފް ޓޫރިޒަމް))
- Lazarus Estates v Beasley [1956] 1 QB 702
ޝަރީޢަތުގެ ވީޑިއޯ
ހައިކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.