ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އިސްމާއީލް ރަޝީދު އަދި މުހައްމަދު ދިފްރާން
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- ކްރިމިނަލް ކޯޓު 711/Cr-C/2017
- ފަހުގެ ތާރީޚު
- ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް
ކޯ ޓާމްސް
ޚުލާޞާ
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ތޫނު އެއްޗެއް ބޭނުންކޮށްގެން ޤަޞްދުގައި މީހަކު މެރުމުގެ ދަޢުވާގައި، ޚުލާޞާ ބަޔާނުގައި ދައުލަތުން ހުށަހެޅުމެއް ނުކުރުމުން ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 136 ވަނަ މާއްދާއަށް ބަލައި، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 87 ވަނަ މާއްދާގެ (ށ) ގެ ދަށުން ކުށް ކުރަން އުޅުން ނުވަތަ އެހީތެރިވުން ސާބިތުވޭތޯ ނުބެލުމަށް ދަށު ކޯޓުން ނިންމުމަކީ ރަނގަޅު ޤާނޫނީ އަސާސެއްގެ މައްޗަށް ނިންމި ނިންމުމެއްތޯ.
ނިންމުން
ބައެއް ބަދަލުކުރިދަށުކޯޓުގެ ނިންމުމުގެ ބައެއް (ޕެރ. 153) ބާޠިލު، 87 (ށ) ގެ ދަށުން ގޮތެއް ކަނޑައެޅުމަށް ކްރިމިނަލް ކޯޓަށް ތަޙްވީލުކުރި
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 136 ވަނަ މާއްދާގައި، 87 ވަނަ މާއްދާގެ (ހ) އަދި (ނ) ގެ ދަށުން ދަޢުވާ ނުކުރާ އިތުރު ކުށެއް ސާބިތުވާ ޙާލަތާއި، (ށ) ގެ ދަށުން ކުށް ކުރަން އުޅުން ނުވަތަ އެހީތެރިވުން ސާބިތުވާ ޙާލަތާ ފަރަޤުކޮށްފައިވެއެވެ. ފުރަތަމަ ޙާލަތުގައި ޕްރޮސިކިއުޝަނުން ސަބަބާއެކު ހުށަހަޅައި ދަޢުވާލިބޭ ފަރާތަށް ތަޢުނުކުރުމުގެ ފުރުޞަތު ދޭން ލާޒިމުވާ ނަމަވެސް، ދެވަނަ ޙާލަތުގައި ވަކިން ބަސްބުނުމުގެ ފުރުޞަތު ދިނުން ގަވާއިދުން ލާޒިމެއް ނުކުރެއެވެ؛ ނަމަވެސް ދެ ޙާލަތުގައިވެސް ޕްރޮސިކިއުޓަރ ޖެނެރަލްގެ ހުށަހެޅުމެއް (ޚުލާޞާ ބަޔާނުގައި) ހުށަހަޅަންވާނެއެވެ.
HN2 އިޖުރާއަތު ތަންފީޛުކުރާ ފަރާތުން ހަދާ ގޯހެއްގެ ސަބަބުން ޤާނޫނުއަސާސީގެ ދަށުން ލިބެންޖެހޭ އަސާސީ ޙައްޤެއް ނުގެއްލޭނަމަ، އަދި އެ އިޖުރާއަތަކީ ރަނގަޅުކުރެވޭނެ އިޖުރާއަތެއްނަމަ، އެކަން ރަނގަޅުކޮށް މައްސަލަ ކުރިއަށް ގެންދެވިދާނެއެވެ (ޢަލީ ޒުބައިރު ވ. ޕްރޮސިކިއުޓަރ ޖެނެރަލް). އިޖުރާއަތެއް ފުރިހަމަނުކުރުމުގެ ނަތީޖާ ބަލާއިރު އެ އިޖުރާއަތުގެ ބޭނުމާއި ހިމާޔަތްކުރާ މަޞްލަޙަތާއި އަސާސީ ޙައްޤެއް ގެއްލުނުތޯ ބަލަންޖެހެއެވެ.
HN3 ދަޢުވާ އަންގައިދިނުމުގެ ޙައްޤަކީ (ޤާނޫނުއަސާސީގެ 51 (ހ)، ICCPR 14 (3)) ދިފާޢު ތައްޔާރުކުރުމުގެ ފުރުޞަތު ދޭ ޙައްޤެކެވެ. ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 107 ވަނަ މާއްދާގެ (ރ) ގެ ދަށުން ދަޢުވާ ސާފުކޮށްދޭއިރު، ދަޢުވާކުރި ކުށް ސާބިތުނުވިނަމަވެސް ކުށް ކުރަން އުޅުން ނުވަތަ އެހީތެރިވުން ސާބިތުވެދާނެކަމާއި އޭގެ އަދަބު ދަޢުވާލިބޭ ފަރާތަށް އަންގަންޖެހެއެވެ. މި ނޯޓިސް ދެވިފައިވާ ޙާލަތުގައި، ޚުލާޞާ ބަޔާނުގައި ދައުލަތުން އެކަން ފާހަގަނުކުރުމަކީ 87 ވަނަ މާއްދާއިން ފަނޑިޔާރަށް ލިބޭ އިޚްތިޔާރު ހަނިވާ ކަމެއް ނޫނެވެ؛ އަދި އެގޮތަށް އެ ކުށް ސާބިތުކުރުމަކީ ގަވާއިދުގެ 136 ވަނަ މާއްދާއާ ޚިލާފުވުމެއް ނޫނެވެ.
HN4 ބައިނަލްއަޤްވާމީ އުޞޫލުގައިވެސް، ދަޢުވާކުރި ކުށް ސާބިތުނުވިނަމަވެސް ގުޅުންހުރި ފުރިހަމަނުވާ ކުށްތައް (inchoate crimes: ކުށް ކުރަން އުޅުން/އެހީތެރިވުން) ސާބިތުވާ މިންވަރަށް ހެކި ލިބިއްޖެނަމަ އެ ކުށް ސާބިތުކޮށް އަދަބު ކަނޑައެޅުމަކީ ބަލައިގަނެވިފައިވާ އުޞޫލެކެވެ.
HN5 87 ވަނަ މާއްދާގެ (ށ) ގެ ދަށުން ކުށް ސާބިތުކުރުމަކީ ފަނޑިޔާރުގެ އިޚްތިޔާރީ ބާރުގެ ތެރެއިން ނިންމާ ނިންމުމެކެވެ. އެފަދަ ނިންމުމެއްގެ މައްޗަށް އިސްތިއުނާފީ ކޯޓު ވަންނާނީ: ރަނގަޅު ނޫން އުޞޫލަކަށް ބިނާކޮށް ނިންމުން، ކަމާނުބެހޭ ކަންކަމަށް ރިޢާޔަތްކުރުން، ވާޤިޢާއަށް އޮޅުން، މައިގަނޑު ވާޤިޢާއަކަށް ރިޢާޔަތްނުކުރުން، ނުވަތަ ބޭއިންސާފެއް މެދުވެރިވުން ފަދަ ޙާލަތެއްގައެވެ. ޚުލާޞާ ބަޔާން ހުށަނާޅާތީ އިޚްތިޔާރު ހަނިވޭ ކަމަށް ދަށު ކޯޓުން ނިންމީ ރަނގަޅު އުޞޫލަކަށް ބިނާކޮށް ނޫނެވެ.
HN6 ދަށު ކޯޓުން ދަޢުވާލިބޭ ފަރާތެއް ފާރަލިކަން އެނގެން އޮތްކަމަށް ބުނުމަކުން 87 (ށ) ގެ ދަށުން ކުށް ސާބިތުވާކަމަށް ފަނޑިޔާރަށް އިޤްތިނާޢުވެފައިވާކަމަށް ނުބެލެވެއެވެ؛ އެފަދަ ކުށެއް ސާބިތުކުރުމުގައިވެސް ކުށުގެ އުންސުރުތައް ފުރިހަމަވާގޮތް ވަޒަންކުރަންޖެހޭ ހިނދު، އެ ވަޒަންކުރުން ދަށު ކޯޓުން ކޮށްފައިނުވާތީ އިސްތިއުނާފީ ކޯޓުން ކުށް ސާބިތުކުރުމުގެ ބަދަލުގައި މައްސަލަ ދަށު ކޯޓަށް ތަޙްވީލުކުރެވެއެވެ.
HN7 އިޖުރާއީ އައިބު ރަނގަޅުކުރުމުގައި ފަނޑިޔާރުގެ ދައުރަކީ، ދައުލަތުން 87 ވަނަ މާއްދާގެ ދަށުން އަދަބު ކަނޑައެޅިދާނެކަމަށް ފާހަގަކޮށްފައިވާއިރު އެކަމާ ދެފަރާތުން ދެކޭގޮތް ސާފުކޮށް، ދެފަރާތަށް ހަމަހަމަ ފުރުޞަތު ދީ އިންސާފުވެރި ޝަރީޢަތެއް ކަށަވަރުކުރުމެވެ؛ ފަނޑިޔާރު އަމިއްލައަށް ތުހުމަތު ބިނާކޮށް ޕްރޮސިކިއުޝަނުގެ ތޮފި އެޅުމެއް ނޫނެވެ.
ވަކީލުންނާއި ފަނޑިޔާރުން
- ވަކީލުން
- —
- ބެންޗު
- ފާޠިމަތު ފަރްހީޒާ، ޙަސަން ޝަފީޢު، ޢަބްދުލްމާނިޢު ޙުސައިން
- ރިޔާސަތު
- —
- ރައުޔު ލިޔުނު ފަނޑިޔާރު
- ފާޠިމަތު ފަރްހީޒާ · ތާއީދުކުރެއްވީ: ޙަސަން ޝަފީޢު، ޢަބްދުލްމާނިޢު ޙުސައިން
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.
ތަޢާރުފު
1މިއީ، ކްރިމިނަލް ކޯޓުގެ ނަންބަރު 711/Cr-C/2017 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް (މީގެ ފަހުން "ދައުލަތް " ނުވަތަ "އިސްތިއުނާފު ކުރާ ފަރާތް") އިން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ.
2މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތްތަކަކީ، […] ކ.މާލެ އިސްމާޢީލް ރަޝީދު (މީގެ ފަހުން "އިސްމާޢީލް ރަޝީދު") އަދި ގދ.ގައްދޫ، […] މުޙައްމަދު ދިފްރާން (މީގެ ފަހުން "ދިފްރާން") އެވެ. (ޖުމްލަ ގޮތެއްގައި "އިސްތިއުނާފ ރައްދުވު ފަރާތްތައް" ގޮތުގައި މުޚާތަބް ކުރެވޭ) މައްސަލައިގެ ފަސްފަހަތް:
3އިސްތިއުނާފު ރައްދުވާ ފަރާތްތަކުގެ މައްޗަށް އުފުލުނު ދައުވާއަކީ، 23 އޭޕްރީލް 2017 ވަނަ ދުވަހު 02:40 އާއި 03:00 އާ ދެމެދުގެ ވަގުތެއްގައި، އިސްތިއުނާފު ރައްދުވާ ފަރާތްތަކުން އިތުރު 4 (ހަތަރެއް) ފަރާތަކާއެކު […] ކ.މާލީ ގޭގެ ގްރައުންޑް ފްލޯރގައި، ސ.ފދ، […] ޔާމީނޭ ރަޝީދުއަށް ތ ނ އެއްޗަކުން ހަމަލާދީ މަރާލާފައިވާތީ، ޤާނޫނު ނަންބަރު 17/2010 (ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތުނ އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ހ) އާއި އެމާއްދާގެ (ށ) އާ ޙަވާލާދީ އެމާއްދާގެ (ނ) ގެ ދަށުން ތުނ އެއްޗެއް ބޭނުންކޮށްގެން ޤަޞްދުގައި މީހަކު މެރުމުގެ ކުށުގެ ދަޢުވާއެވެ.
4މިދައުވާގައި އިސްތިއުނާފު ކުރާ ރައްދުވާ ފަރާތްތައް ކުރި ޢަމަލުތއަ ކްރިމިނަލް ކޯޓުގައި ދައުލަތުން ފާހަގަކޮށްފައިވަނީ އަންނަނިވި ފަދައިންނެވެ.
1.4. އިސްމާޢީލް ރަޝީދު: މިފަރާތަކީ މިޢަމަލު ހިންގަން ޔާމީން ރަޝީދު ގެއަށް އިސްމާޢީލް ހައިޝަމް ރަޝީދު (ޙާދިސާއާ ގުޅިގެނާ ދައުވާކުރެވުނު އެހެން ފަރާތެއް) ސައިކަލުގެ ފަހަތުގައި ގެންގޮސްފައިވާ ފަރާތްކަމާއި، އަދި އެގޭގައި ([…] ) ޔާމީން ރަޝީދުއަށް ފރަލުމަށްޓަކައާ އެތަނުގައި މަޑުކޮށްގެން ހުރިކަން؛
2.4. މުޙައްމަދު ދިފްރާން: މިފަރާތަކީ ޔާމީން ރަޝީދުއަށް ފާރަލުމުގައި ބައިވެރިވި ފަރާތެއްކަމަށާއި، މިގޮތުން ޔާމީން ރަޝީދުގެ އޮފީސް ކައިރީގައާއި، ޔާމީން ރަޝީދު އޮފީހުން ނުކުތުމުން އޭނާގެ ފަހަތުން ގޮސްފައިވާކަމއ އަދި މައްސަލައިގެ ހެކި ނައްތާލުމަށް މަސައްކަތްކޮށްފައިވާކަން؛ މިއެވެ. ދަށު ކޯޓުން ނިންމިގޮތް:
5ކްރިމިނަލް ކޯޓުން ނިންމާފައިވަނީ، ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތ ނ އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނު ގެ 5 ވަނަ މާއްދާގެ (ހ) އާއި އެމާއްދާގެ (ށ) އާ ޙަވާލާދީ އެމާއްދާގެ (ނ) ގެ ދަށުން ތ ނ އެއްޗެއް ބޭނުންކޮށްގެން ޤަޞްދުގައި ޔާމީން ރަޝީދު މެރުމުގެ ކުށުގެ ޢަމަލު ހިންގުމުގައި އިސްތިއުނާފު ރައްދުވާ ފަރާތްތަކުން ޢަމަލީ ގޮތުން ބައިވެރިވެފައިވާކަން ދައުލަތުން ހުށަހޅެ ހެކި ޤަރީނާތަކުން އެއްވެސް ޝައްކެއް ނެތް މިންވަރަށް ޝަރީޢަތަށް ސާބިތުނުވާކަމަށް ކަނޑައަޅައިއެވެ.
6މިފަދައިން އެކޯޓުން ނިންމާފައިވާ މައިގަނޑު ސަބަބުތަކަކީ؛
1.6. ޔާމީން ރަޝީދަށް ފާރަލުމަށ މުޙައްމަދް ދިފްރާނ ހުރިތަން ފެނުނުކަމަށް ބުން އަދާކުރި ހެކިބަހުންނާއި، އަދިވީޑިއޯ އެންޑް އިމޭޖް އެނާލިސިސް ރިޕޯޓުން ޔާމީން ރަޝީދަށް ފާރަލުމުގައި ބައިވެރިވެފައިވާކަމަށް ޝަރީޢަތަށް ބުރެވެވޭކަން؛ ކްރިމިނަލް ކޯޓުގެ ނަންބަރު 711/Cr-C/2017 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ 148 ވަނަ ޕްރެގްރާފް-ޞަފްހާ 122-123
2.6. ޔާމީން ރަޝީދު މަރާލި މައްސަލައާ ގުޅޭ ހެކި ނައްތާލުމަށް ކުރި މަސައްކަތަކީ ކޮބައިކަމާއި، ދައުލަތުން ކުރި ދައުވާގައި ޤާނޫނީ މާއްދާގައިވާ ގޮތުން ޔާމީން ރަޝީދު މަރާލުމުގެ ޢަމަލުގެ ގޮތުގައި ކުރީ ކޮން ޢަމަލެއްކަން ހެކި ޤަރީނާތަކުން އެނގެން ނެތުމުން، ޤަސްދު މަރުގެ 3 ވަނަ ރުކުން ޝަރީޢަތަށް ސާބިތުނުވާކަމަށް؛
3.6. އިސްމާޢީލް ރަޝީދުގެ މައްޗަށް ޤަޞްދު މަރުގެ ތިންވަނަ ރުކުން ޝަރީޢަތަށް ސާބިތުވާ ވަރަށް ހެކި ޤަރީނާ ނެތްކަމަށް؛
4.6. ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 87 ވަނަ މާއްދާގެ ދަށުން ދައުވާ އުފުލިފައިވާ ކުށުގެ އަމަލުން ފުރިހަމަވާ އެހެން ކުށެއް ސާބިތުކޮށްދިނުމަށް އޮންނަ އުޞ ލުގެ ތަރަހައިގެ ތެރެއިން ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 136 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެ މަތިން މައްސަލައިގެ ހެކިބަސް ނެގުމާއި ޙުކުމް ކުރުމާ ދެމެދު މައްސަލާގައި ހާމަވާ ހެކީގެ ސަބަބުން ދައުވާ އުފުލިފައިވާ ކުށުގެ އަމަލުން އިތުރު ކުށެއް ފުރިހަމަވާގޮތް ސަބަބާއެކު ހުށަހަޅައި އެކަމާމެދު ތައުނުކުރުމުގެ ފުރުސަތު ލިބިދެވޭގޮތަށް ހުށަހެޅުމެއް ހުށަހަޅާފައިނުވާކަމާއި، އަދި ޚުލާސާ ބަޔާނުގައިވެސް އެފަދަ ކަމެއް ދައުލަތުން ހުށަހަޅާފައިނުވާކަން؛ މިއެވެ. އިސްތިއުނާފު ކުރުމަށް ހުށަހެޅި ނުކުތާތަކާއި ތަފްސީލް:
7ކްރިމިނަލް ކޯޓުގެ ނަންބަރު 711/Cr-C/2017 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް ދައުލަތުގެ ފަރާތުން ހުށަހަޅާފައިވަނީ އަންނަނިވި ނުކުތާއެވެ. އެއީ؛ ކްރިމިނަލް ކޯޓުގެ ނަންބަރު 711/Cr-C/2017 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ 148 ވަނަ ޕްރެގްރާފް-ޞަފްޙާ 122-123 ކްރިމިނަލް ކޯޓުގެ ނަންބަރު 711/Cr-C/2017 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ 148 ވަނަ ޕްރެގްރާފް-ޞަފްޙާ 124 ކްރިމިނަލް ކޯޓުގެ ނަންބަރު 711/Cr-C/2017 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ 153 ވަނަ ޕްރެގްރާފް-ޞަފްޙާ 128
1.7. ކްރިމިނަލް ކޯޓުގެ ނަންބަރު 711/Cr-C/2017 ޤަޟިއްޔާގައި، ސ.ފޭދޫ ޗަބޭލީގެ ޔާމީން ރަޝީދު މަރާލުމުގައި މުޙައްމަދު ދިފްރާނ އާއް އިސްމާޢީލް ރަޝީދުގެ ބައިވެރިވުން އޮތްކަމަށް މައްސަލަ ބެއްލެވި ޤާޟީއަށް އިޤްތިނާޢު ވެވުނު ނަމަވެސް، މި މީހުންގެ މައްޗަށް އުފުލާފައިވަނީ ޤަޞްދުގައި މީހަކު މެރުމުގެ ދައުވާކަމަށްވެފައި، ޔާމީން ރަޝީދު މަރާލުމުގެ ޢަމަލުގައި، މުޙައްމަދު ދިފްރާނ އާއް އިސްމާޢީލް ރަޝީދު ޢަމަލީގޮތުން ބައިވެރިވެފައި ނުވާއިރު، ދައުލަތުގެ ޚުލާޞާ ބަޔާނުގައިވެސް، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 87 ވަނަ މާއްދާގެ ދަށުން އިތުރު އަދަބެއް ކަނޑައަޅައި ދިނުމަށް އެދިފއަ ނުވާއިރު، މައްސަލަ ބަލާ ފަނޑިޔާރުގެ އިސްނެގުމށަ އެހެން ދަޢުވާއެއް ސާބިތުވާކަމަށް ކަނޑައެޅުމަކީ،ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގާ ގަވާއިދުގެ 136 ވަނަ މާއްދާއާ ޚިލާފަށް އަމަލުކުރުންކަމަށް ދެކި، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 87 ވަނަ މާއްދާގެ ދަށުން އިތުރު އަދަބެއް ކަނޑައަޅައިފައި ނުވުން ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
1.1.7.މިނުކުތާގެ ތަފްސީލުގައި ދައުލަތުން ފާހަގަކޮށްފައިވަނީ، ކްރިމިނަލް ކޯޓުގެ ޝަރީޢަތް ނިމިނުގޮތުގެ ރިޕޯޓުގެ 151 ވަނަ ޕްރެގްރާފުގައި، "ހާދިސާ ހިނގިރޭ ޔާމީން ރަޝީދުއަށް ފާރަލާފައިވާކަނ އެނގެން އޮތްނަމަވެސް" މިފަދައިން ފާހަގަކޮށްފައިވާކަމަށެވެ. ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 87 ވަނަ މާއްދާގެ (ށ) ގެ ދަށުން ކުށް ކުރަން އުޅުން ނުވަތަ އެހީތެރިވުން ސާބިތުވާ ޙާލަތުގައި ދައުވާލިބޭ މީހާއަށް ލިބިދޭ ވަކި އިތުރު ޙައްޤއެ ޖިނާއީ އިޖުރާއަތުގެ ޤާނޫނާއި ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގައި ބަޔާންކޮށްފައިނުވާކަމަށެވެ. އެހެންކަމުން، އެމީހެއްގެ މައްޗަށް އުފުލާފައިވާ ކުށުގެ ދައުވާއާ ގުޅިގެން ޤާނޫނުއަސާސީއާ ޖިނާއީ އިޖުރާއަތުގެ ޤާނޫނުން ލިބިދޭ އެންމެހާ ޙައްޤުތައް އެމީހަކަށް ޝަރީޢަތުގެ މަރުހަލާތަކުގައި ކަށަވަރުކޮށްދެވިފައިވާނަމަ، ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 136 ވަނަ މާއްދާގެ (ށ) ގެ ދަށުން ޕްރޮސިކިއުޝަނުން އަމިއްލަ އިސްނެގުމަށް ހުށަހެޅުމެއް ހުށަހަޅާފައި ނެތްނަމަވެސް ފަނޑިޔާރުގެ އަމިއްލަ އިސްނެގުމަށް ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 87 ވަނަ މާއްދާގެ (ށ) ގެ ދަށުން ކުށް ކުރަން އުޅުން، ނުވަތަ އެހީތެރިވެދިނުނ ސާބިތުވާކަމަށް ކަނޑައެޅުމަށް ހުރަހެއް އޮތްކަމަށް ނުފެންނަކަމަށެވެ. އެއީ ޣައިރުޤާނޫނީ (illegality) ކަމެއް ނޫންކަމަށެވެ. ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 107 ވަނަ މާއްދާގެ (ނ) އަދި (ރ) ގައި، އިބްތިދާއީ މަރުހަލާގައި ދައުވާއަށް ޖަވާބުދާރީވުމުގެ ކުރިން އެމީހެއްގެ މައްޗަށް އުފުލާފައިވާ ކުށް އޭނާގެ މައްޗަށް ސާބިތުނުވިނަމަވެސް، އެކުށްކުރަން އޭނާ އުޅުނުކަން ނުވަތަ އެކުށް ކުރުމަށް އެހީތެރިވެދިންކަން ސާބިތުވާ މިންވަރަށް ހެކި ލިބިފައިވާނަމަ، އެކުށް ކުރަން އުޅުމުގެ ނުވަތަ އެހީތެރިވެދިނުމުގެ ކުށް އޭނާގެ މައްޗަށް ސާބިތުވާކަމަށް ކަނޑައެޅިދާނެކަން ދައުވާލިބޭ ފަރާތަށް ފަނޑިޔާރު އެންގުން ލާޒިމްކޮށްފައިވާތީ، ޕްރޮސިކިއުޝަންގެ ހުށަހެޅމެއ ނެތް އެފަދައިން ޙުކުމްކުރުމުގެ އިޚްތިޔާރާއި ބާރު ފަނޑިޔާރަށް ލިބިގެންވާކަން އެނގޭކަމަށެވެ. އިސްތިއުނާފު ރައްދުވާ ފަރާތްތަކުގެ ވާހަކަ:
8އިސްތިއުނާފީ ނުކުތާގެ ރައްދުގައި އިސްތިއުނާފު ރައްދުވާ ފަރާތްތަކުން ފާހަގަކޮށްފައިވަނީ، ދައުލަތުން ދައުވާކޮށްފައިވާ ކުށުގެ ބަދަލުގައި އެކުށް ކުރަން އުޅުނުކަން ނުވަތަ ކުށްކުރުމުގައި ބައިވެރިވުމުގެ އިޙްތިމާލު ހުށަހެޅިފައިވާ ހެކިތަކުން ފާޅުވާ ޙާލަތުގައި، ފަނޑިޔާރަށް އެކަން ކުރެވިދާނެކަމަށް ބަޔާންކޮށްފައިވާ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 87 ވަނަ މާއްދާއާއި، އެކަން ކުރަން ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން އެދެންޖެހޭކަމަށ ބަޔާންކޮށްފައިވް ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 136 ވަނަ މާއްދާގެ (ށ) ގައި، ދިފާޢު އަށް ޖަވާބުދާރީވުމުގެ ފުރުޞަތު ލިބިދެވެންޖެހޭ ކަމަށް ޞަރީޙަ އިބާރާތުން ބަޔާންކޮށްފައި ނެތުމުގެ ނަތީޖާއަކީ، މީހެއްގެ މައްޗަށް ދައުވާކޮށްފައިވ ކުށާ ފިޔަވައި އެހެން ކުށެއް ސާބިތުވާކަމަށް ކަނޑައެޅުމަކީ އެމީހާގެ އެއްވެސް ބަހެއްނެތި ކުރެވިދާނެ ކަމެއްކަމަށް ދައުލަތުން ފާހަގަކުރާކަމަށެވެ.
9އެހެންނަމަވެސް، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މުޙައްމަދު ނަޖާޙް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ޤަޟިއްޔާގެ 42 ވަނަ ނުކުތގައާ ފާހަގަކޮށްފައިވާ ރައުޔުގއިވަނީ، ދައުލަތަށް ވައްޓާލެވޭ ކަމެއްގަ ސަބަބުން ނުވަތަ ދައުލަތުން ދައުވާކުރި ގޮތުގައި އުނިކަމެއްގެ ސަބަބުން، ދައުވާކުރި ކުށް ފިޔަވައި އެހެން ކުށެއްގެ ވާހަކަ ދުރާލާ ބަޔާންކޮށްފައި ނެތަސް، އެކަން ރަނގަޅުކުރުމުގެ ފުރުސަތު ފަނޑިޔާރުގެ ފަރާތުން ދިނުމަށްފަހު، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 87 ވަނަ މާއްދާގެ ބޭނުން ހިފަންޖެހޭނެކަމަށެވެ. އެޤަޟިއްޔާގެ 39 ވަނަ ނުކުތާގައި، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 87 ވަނަ މާއްދާގެ ބޭނުން ހިފާއިރު، ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޙައްޤުތައް ކަށަވަރުކޮށްދިނުމަށްޓަކއަ އެންމެ ކުޑަމިނުން އަޅަންޖެހޭ ފިޔަވަޅުތައް ބަޔާންކޮށްފައިވާކަމަށާއި، އެއީ: 1- ދައުވާކުރި ކުށް ނޫން އެހެން ކުށެއް ސާބިތުވޭތޯ ބެލުމުގެ ކުރިއަށް މައްސަލައިގައި ހިމެނޭ ދެ ޚަސްމުންނަށް ދުރާލާ އެކަމުގެ ނޯޓިސް ދިނުން؛ 2- އެކުށުގެ ތުހުމަތަށް ޖަވާބުދާރީވުމަށް ދައުވާލިބޭ ފަރާތަށް ފުރުސަތު ދިނުން؛ 3- ހެކިން އަލުން ހާޟިރުކުރަން އެއްވެސް ފަރާތަކުން އެދިއްޖެނަމަ، އެފުރުސަތު ދިނުން؛ މިއެވެ. 2 ވަނަ ފިޔަވަޅާ އެއްގޮތަށް ކުށުގެ ތުހުމަތަށް ދައުވާލިބޭ ފަރާތުން ޖަވާބުދާރީވިއިރު، އެތުހުމަތުކޮށް ތުހުމަތުކުރާ ގޮތުގެ ތަފްސީލްތައް ޝަރީޢަތަށް ހުށަހަޅާނީ ފަނޑިޔާރުކަމަށ ދައުލަތުން ދެކޭނަމަ ފަނޑިޔާރު އެއެޅުއްވީ ޕްރޮސިކިއުޓަރ ޖެނެރަލްގެ ތޮފިކަމަށާއި، މިއީ ޤާނޫނުއަސާސީގެ 142 ވަނަ މާއްދާއާއި، ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) ގެ 3 އާއި، އެޤާނޫނުގެ 32 ވަނަ މާއްދާގެ (ހ)ގެ (3) ގައި ބަޔާންކޮށްފައިވާ ވަކި ފަރާތަކަށް ނުޖެހި ޝަރީޢަތްކުރުމުގެ އުޞ ލާއި ޚިލާފު ކަމެއްކަމަށެވެ.
10ދައުލަތުން ދައުވާކުރި ކުށް ފިޔަވައި އިތުރު ކުށެއް ސާބިތުވާނެ ގޮތެއް ޚުލާސާ ބަޔާނުގައި ފާހަގަނުކުރާ ހާލަތުގައި، އަދި ފަނޑިޔާރުގެ ފަރާތުން ފުރުސަތު ދިނުމުންވެސް އެކަން ކުރަން އިންކާރުކުރި ޙާލަތުގައި، ސުޕްރީމް ކޯޓުގެ މުޙައްމަދު ނަޖާޙް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ޤަޟިއްޔާގެ 40 ވަނަ ނުކުތާ ގައި ފަނޑިޔާރު ހުސްނުއްސުޢ ދ ބަޔާންކޮށްފައިވާ 3 ކަންތަކުގެ ތެރެއިން ދެވަނަ ކަންތައް ކަމުގައިވާ ދިފާއުއަށ ޖަވާބުދާރީވުން ފުރިހަމަ ކުރެވޭނެ ގޮތެއް ނެތްކަމަށާއި، ދައުލަތުން ތަފްސީލް ނުކުރާ ތުހުމަތަކަށް ދިފާޢު އިން ޖަވާބުދާރީވާނެ މަގެއް ނޯންނާނެކަމަށާއި، އެފަދައިން ދިމާވީ، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 87 ވަނަ މާއްދާގެ ދަށުން ނިންމުމެއް ނިންމުމަށްޓަކައި ދައުލަތަށް ވައްޓާލެވުނު ކަމެއްގެ ނުވަތަ ހެދުނު ގޯހެއް އިސްލާޙްކުރަނ ދައުލަތަށް ފުރުސަތެއް ނުދީ އޮތުމުން ނޫންކަމަށާއި، ނަމަވެސް އެކަން އެފަދައިން ހިނގަން މެދުވެރިވީ، ދައުލަތުން ކުރި ދިރާސާގެ މައްޗަށް ބިނާކޮށް އިސްތިއުނާފު ރައްދުވާ ފަރާތްތަކުގެ މައްޗަށް ސާބިތުވާންޖެހޭނީ ޤާނޫނު ނަންބަރު 17/2010 ގެ 5 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެ މަތިން އެމާއްދާގެ (ހ) ގައިވާ ކުށް ކަމަށްވެފައި، އެކަމުގައި ދައުލަތަށް ލިބިފައިވާ ފުރުސަތު ޤަސްދުގައި ދ ކޮށްލުމުންކަމަށެވެ. އެފަދަ ޙާލަތެއްގައި ފަނޑިޔާރު އަމިއްލަ އިސްނެގުމުގައި ޚަސްމަކަށް ތުހުމަތުކޮށް، ވަކި ގޮތަކަށް އެތުހުމަތު ބިނާކުރުމަށްފަހު އެއަށް ޖަވާބުދާރީވާން އެޚަސްމަށް އަންގައި ނުވަތަ އެޚަސްމުގެ ބަހެއް ހޯދުމެއްވެސ ނެތް ދައުވާކުރެވުނު ކުށް ފިޔަވައި އެނނ ކުށެއް ސާބިތުކުރުމަކީ ޣައިރުސުލ ކ އަދި ޣައިރު ދުސްތޫރީ ހަމައަކުން މައްސަލަ ބެލުން ނންގޮތެއްކަމަށް ނުވާނެކަމަށެވެ. އެދޭ ގޮތް:
11އިސްތިއުނާފު ކުރާ ފަރާތުން އެދޭ ގޮތްކަމަށް ބުނެ ފާހަގަކޮށްފައިވަނީ، ކްރިމިނަލް ކޯޓުގެ ނަންބަރު 711/Cr-C/2017 ޤަޟިއްޔާގައި، ސ.ފޭދޫ، […] ޔާމީން ރަޝީދު މަރާލުމުގައި، މުޙައްމަދު ދިފްރާނ އާއް އިސްމާޢީލް ރަޝީދުގެ ބައިވެރިވުން އޮތްކަމަށް ކަނޑައަޅުއްވާފައިވާތީ، ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތުނ އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ޅ) ގެ ދަށުން މުޙައްމަދު ދިފްރާނ އާއް އިސްމާޢީލް ރަޝީދުގެ މައްޗަށް އަދަބު ކަނޑައަޅައި ދިނުމަށެވެ.
12އިސްތިއުނާފ ރައްދުވު ފަރާތް ތަކުން އެދޭ ގޮތްކަމަށް ބުނެ ފާހަގަކޮށްފައިވަނީ އަންނަނިވި ފަދައިންނެވެ. ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތ ނ އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނު ދައުލަތުގެ ފަރާތުން ހައިކޯޓަށް ހުށަހެޅި "އިސްތިއުނާފު ފޯމުގެ "އެދޭ ގޮތް"
1.12. ކްރިމިނަލް ކޯޓުގެ ނަންބަރު 711/Cr-C/2017 ޤަޟިއްޔާގައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭ ފަދަ ސަބަބެއް ނެތްކަމަށް ކަނޑައަޅައިދިނުމަށް؛
2.12. ބަހުޘްގެ ބޭނުމަށް ދައުލަތުން ބުނެފައިވާ ގޮތަށް ދައުވާކުރި ކުށުގެ ބަދަލުގައި އެކަންކުރަން އުޅުން ނުވަތަ އެކުށްކުރުމުގައި އެހީތެރިވެދިނުން ސާބިތުވޭތޯ ބަލަންޖެހޭ ޙާލަތެއް އޮތްކަން ދިވެހިރާއްޖޭގެ ހައިކޯޓަށް ފެނިވަޑައިގަންނަވާ ޙާލަތުގައިވެސް މުޙައްމަދު ނަޖާޙް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ޤަޟިއްޔާގެ 40 ވަނަ ޕއިންޓޮގ ފަހެ ޖުމްލައިގައިވާ ގޮތުގެ މަތިން އެއީ އިސްތިއުނާފީ ކޯޓުން ބެލުމުގެ ބަދަލުގައި ދަށު ކޯޓަށް ތަޙުވީލް ކުރަންޖެހޭ ކަމެއް ކަމަށްވާތީ، ދައުލަތުން އެދިފައިވާ ގޮތަށް އިސްތިއުނާފީ ކޯޓުން އިތުރު ކުށެއް ސާބިތުވާކަމަށް ކަނޑައެޅުމަކީ ޤާނޫނީ ގޮތުން ކުރެވޭނެ ކަމެއް ނ ންކަމަށް ކަނޑައަޅައިދީ، މައްސަލަ ބެލުމަށް ދަށު ކޯޓަށް ތަޙުވީލު ކޮށްދިނުމަށެވެ.
ގޮތް ކަނޑައަޅަންޖެހޭ ކަންތައްތައް
13މިމައްސަލައިގައި ދައުލަތުން ހުށަހަޅާފައިވާ އިސްތިއުނާފުގައި އުފައްދާ ބަހުޘަކީ، އުފުލިފައިވާ ދައުވާ ނޫން އެހެން ދައުވާއެއް ސާބިތުވާކަމަށް ފަނޑިޔާރަށް އިޤްތިނާއުވެފައިވާކަމަށް ބެލެވޭ ޙާލަތުގައި، ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގވާއިދުގަ 136 ވަނަ މާއްދާގައި ބަޔާންކުރާ ފަދަ ހުށަހެޅުމެއް ނެތް ކަމަށް ބަޔާންކޮށް ދައުވާ ސާބިތުވތޭ ނުބެލުމަށް ފަނޑިޔާރު އިޚްތިޔާރުކުރުމުން އެއީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 87 ވަނަ މާއްދާއާ ޚިލާފު ނިންމުމެއްތޯއެވެ. އިސްތިއުނާފު ރައްދުވާ ފަރާތްތަކުން ހައިކޯޓަށް ހުށަހެޅި "އިސްތިއުނާފީ ދައުވާގެ ޖަވާބު ފޯމް" ގެ "އެދޭ ގޮތް" އުފުލުނު ދައުވާ ނނ އެހެން ދައުވާއެއް ސާބިތުވޭތޯ ބެލުމަށް ފަނޑިޔާރު އިޚްތިޔާރުނުކުރުން
14ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 87 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ އަންނަނިވި ފަދައިންނެވެ.
(ހ) މީހެއްގެ މައްޗަށް ދަޢުވާ އުފުލިފައިވާ ކުށުގެ ޝަރީޢަތުގައި ހާމަވާ ހެކީގެ ސަބަބުން އޭނާ އެހެން ކުށެއްގެ ޢަމަލު ހިންގިކަން ސާބިތުވާ ޙާލަތުގައި، އޭނާގެ މައްޗަށް އެ ދެވަނަ ކުށުގެ ދަޢުވާ އުފުލިފައިނުވި ނަމަވެސް، އެ ކުށް ސާބިތުވާކަމަށް ކަނޑައެޅިދާނެއެވެ. އެހެންނަމަވެސް، އެފަދައިން ކަނޑައެޅޭނީ، އެއީ އޭނާގެ މައްޗަށް ދަޢުވާ އުފުލިފައިވާ ފުރަތަމަ ކުށުގެ ޢަމަލުން ފުރިހަމަވާ ކުށެއް ކަމުގައިވާ ޙާލަތުގައި އެކަންޏެވެ.
(ށ) މީހެއްގެ މައްޗަށް ދަޢުވާ އުފުލިފައިވާ ކުށް އޭނާގެ މައްޗަށް ސާބިތުވާ މިންވަރަށް ހެކި ލިބިފައިނުވިނަމަވެސް، އެ ކުށް ކުރަން އޭނާ އުޅުނުކަން ނުވަތަ އެ ކުށް ކުރުމުގައި އެހީތެރިވެދިންކަން ސާބިތުވާ މިންވަރަށް ހެކި ލިބިފައިވާނަމަ، އެ ކުށް ކުރަން އުޅުމުގެ ނުވަތަ އެހީތެރިވުމުގެ ކުށް އޭނާގެ މައްޗަށް ސާބިތުވާ ކަމަށް ކަނޑައެޅިދާނެއެވެ.
(ނ) މީހެއްގެ މައްޗަށް ދަޢުވާ އުފުލިފައިވާ ކުށުގެ ޢަމަލުގެ ތެރޭގައި، އެއް ކުށަށްވުރެ ގިނަ ކުށުގެ ޢަމަލު ހިމެނޭ ޙާލަތުގައި، އަދި އޭގެ ތެރޭގައި އޭނާގެ މައްޗަށް ދަޢުވާ އުފުލިފައިވާ ކުށަށްވުރެ ކުޑަ ކުށެއް ހިމެނޭ ޙާލަތުގައި، އޭނާގެ މައްޗަށް ދަޢުވާ އުފުލިފައިވާ ކުށް އޭނާ ކުރިކަމަށް ސާބިތުނުވިނަމަވެސް، އެ ކުށުގެ ޢަމަލުން ފުރިހަމަވާ އަނެއް ކުށް އޭނާ ކުރިކަމަށް ސާބިތުވާނަމަ، އެ ދެވަނަ ކުށް އޭނާގެ މައްޗަށް ސާބިތުވާކަމަށް ކަނޑައެޅިދާނެއެވެ.
15މިމާއްދާ މާނަ ކުރަމުން ސުޕްރީމް ކޯޓުގެ މުޙައްމަދު ނަޖާޙް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ޤަޟިއްޔާގައި މިމާއްދާގެ ދަށުން ފަނޑިޔާރުންނަށް ލިބިގެންވާ ބާރާއި އެމާއްދާ ތަޠްބީޤުކުރުމުގައި ޢަމަލުކުރަންވީ ގޮތާއި މާއްދާގެ މަޤްސަދާއި އަދި އެއިޚްތިޔާރު ބޭނުންކުރުމުގައި ކަށަވަރުކުރަންޖެހޭ ކަންތައްތަކާއި އަދި އެއިޚްތިޔާރު ބޭނުންނުކޮށްފިނަމަ ޖިނާއީ ޢަދުލުގެ ނިޒާމަށް ކުރާނެ އަސަރު ތަފްސީލުކޮށްދީފައިވެއެވެ.
16މިމައްސަލައިގައި ކަންވެފައިވާ ގޮތަށް ބަލާއިރު، ކްރިމިނަލް ކޯޓުގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ 153 ވަނަ ޕްރެގްރާފުގައި ފާހަގަކޮށްފައިވަނީ އަންނަނިވި ފަދައިންނެވެ. އުފުލިފައިވާ ކުށުގެ ޢަމަލުން ފުރިހަމަވާ އެހެން ކުށެއް ސާބިތުކޮށްދނުމަށ އޮންން އުސލުގ ތަރަހައިގެ ތެރެއިން، ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 136 ވަނަ މާއްދާއާ އެއްގޮތްވާގޮތުގެ މަތިން މައްސަލައިގެ ހެކިބަސްނެގުމާ ހުކުމްކުރުމ ދެމެދާ މައްސަލައިގައި ހާމަވާ ހެކީގެ ސަބަބުން ދައުވާ އުފުލިފައިވާ ކުށުގެ ޢަމަލުން އިތުރުކުށެއް ފުރިހަމަވާގޮތް ސަބަބާއެކު ހުށަހަޅައި އެކަމާ މެދު ތައުނުކުރުމުގެ ފުރުސަތު ލިބިދެވޭ ގޮތަށް ހުށަހެޅުމެއް ހުށަހަޅާފައިނުވާކަމާއި، އަދި ޙުލާސާ ބަޔާނުގައިވެސް އެ ފަދަ ކަމެއް ދައުލަތުން މިމައްސަލާގައި ހުށަހަޅާފައިނުވާކަން ފާހަގަކުރެވެއެވެ. ދައުލަތުން މިމައްސަލައިގައި އެފަދަ އެދުމެއް އެދިފައިނުވެއެވެ. އެހެންކަމުން، ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތު ނ މިގޮތަށް އެދިފައިނުވާއިރު، ދަޢުވާ ލިބޭ ފަރާތްތަކަށް އެކަމުގައި ބަހެއް ބުނުމުގެ ފުރުސަތު ނުލިބި، މައްސަލަ ބަލާ ފަނޑިޔާރުގެ އަމިއްލަ އިސްނެގުމުގައި، އެހެން ދަޢުވާއެއް ސާބިތުވާކަމަށް ކަނޑައެޅުމަކީ، ޝަރީޢަތްކުރުމާ ބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދގު 136 ވަނަ މާއްދާއާ ޚިލާފަށް ޢަމަލުކުރުންކަމުގައިވާނެއެވެ."
17HN1ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 136 ވަނަ މާއްދާގައި ވަނީ އަންނަނިވި ފަދައިންނެވެ.
136(ހ) ޖިނާއީ އިޖުރާއަތުގެ ޤާނ ނުގެ 87 ވަނަ މާއްދާގެ (ހ) އަދި (ނ) ގައި ބަޔާންކޮށްފައިވާ ޙާލަތުގައި، އަންނަނިވި ކަންކަމަށް ފަނޑިޔާރު ރިޢާޔަތްކުރަންވާނެއެވެ. (1) ދަޢުވާ އުފުލާފައިވާ ކުށުގެ ޢަމަލުން އިތުރުކުށެއ ފުރިހަމަވާކަން ހެކީގެ ސަބަބުން ހާމަވާކަމަށް ޕްރޮސިކިއުޓަރ ޖެނެރަލްއަށް ޤަބލުކުރެވިފައިވުން. (2) މައްސަލައިގެ ހެކިބަސް ނެގުމާއި ޚުލާސާ ބަޔާން ހުށަހެޅުމާދެމެދު، މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކުރާ އިތުރުކުށް ފުރިހަމަވާ ގޮތް ސަބަބާއެކު ޝަރީޢަތަށް ޕްރޮސިކިއުޓަރ ޖެނެރަލް ހުށަހަޅާފައިވުން. (3) މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައި ބުނާފަދަ ހުށަހެޅުމެއް، ޕްރޮސިކިއުޓަރ ޖެނެރަލް ހުށަހަޅައިފިނަމަ، އެ ހުށަހެޅުން ރައްދުވާ ދަޢުވާލިބޭ ފަރާތަށް އެ ހުށަހެޅުމާމެދު ތަޢުނުކޮށް ވާހަކަ ދައްކަން ފުރުޞަތު ދެވިފައިވާކަން.
(ށ) ޖިނާއީ އިޖުރާއަތުގެ ޤާނ ނުގެ 87 ވަނަ މާއްދާގެ (ށ) ގެ ބޭނުމަށްޓަކައި، ކުށް ކުރަން އުޅުނުކަން ނުވަތަ ކުށްކުރުމުގައި އެހީތެރިވެދިންކަން ސާބިތުވާ މިންވަރަށް ހެކި ލިބިފައިވާކަމަށް ޕްރޮސިކިއުޓަރ ޖެނެރަލް އަށް ޤަބޫލުކުރެވޭނަމަ، މައްސަލައިގެ ޚުލާސާ ބަޔާނުގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން އެކަން ހުށަހަޅަންވާނެއެވެ.
(ނ) ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 87 ވަނަ މާއްދާގެ ދަށުން ކުށް ސާބިތުކޮށް އަދަބު ކަނޑައަޅާނަމަ، ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގައި ފަނޑިޔާރު އެ ނިންމުމަށް ވާޞިލުވި ސަބަބުތައް ހިމަނަންވާނެއެވެ.
18މިއިސްތިއުނާފުގައި ދައުލަތުގެ މައިގަނޑު ބަހުޘަކީ، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 87 ވަނަ މާއްދާގެ
(ހ) އަދި (ނ) ގެ ދަށުން އެހެން ކުށެއް ސާބިތުވާ ޙާލަތާއި އެމާއްދާގެ (ށ) ގ ދަށުން ކުށް ކުރަންއުޅުން ނުވަތަ އެހީތެރިވެދިނުން ސާބިތުވާ ޙާލަތާ ތަފާތުކަމަށެވެ. މިގޮތުން، ކުށްކުރަނ އުޅުން ނުވަތަ އެހީތެރިވެދިނުން ސާބިތުވާ ޙާލަތުގައި ދަށު ކޯޓުގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ 153 ވަނަ ޕްރެގްރާފުގައި ބަޔާންކޮށްފައިވާ ފަދައިން އިތުރު ކުށެއް ސާބިތުވާ ގޮތް ދައުލަތުން ބަޔާންކޮށްދޭންނުޖެހޭ ކަމަށެވެ. އެހެންކަމުން، ޝަރީޢަތުގެ މިފާހަގަކުރުން ގޯސްކަމަށެވެ.
19ދައުލަތުން ފާހަގަކުރާ ފަދައިން، ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގވާއިދުގަ 136 ވަނަ މާއްދާއަށް ބެލުމުން އިތުރު ކުށެއް ސާބިތުވާ ޙާލަތާއި ކުށްކުރަނ އުޅުން ނުވަތް އެހީތެރިވުން ސާބިތުވި ކަމަށް ބެލެވޭ ޙާލަތާ ގަވާއިދުގައި ފަރަޤުކޮށްފައިވެއެވެ. މިގޮތުން، ދައުވާ އުފުލިފައިވާ ކުށް ނޫން އެހެން ކުށެއް ސާބިތުވާ ޙލަތުގައާ ޕްރޮސިކިއުޝަނުން ހުށަހަޅާ ހުށަހެޅުމުގެ މައްޗަށް ބަސްބުނުމުގެ ފުރުސަތު ދައުވާ ލިބޭ ފަރާތަށް ލިބިދޭންޖެހެއެވެ. އެހެންނަމަވެސް، އެހީތެރިވުން ނުވަތަ ކުށްކުރަންއުޅުން ސާބިތުވާ ޙާލަތުގައި ވަކިން ބަސްބުނުމުގެ ފުރުސަތު ދިނުން ގަވާއިދުން ލާޒިމުނުކުރާކަން ފާހަގަވެއެވެ.
20މި ފަދައިން ގަވާއިދުގައި ފަރަޤުކޮށްފައިވަނީ، ސަބަބެއް ނެތި ނޫނެވެ. އެހެނީ، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 107 ވަނަ މާއްދާގެ (ނ) އަދި (ރ) އަށް ބަލާއިރު، ދއަ ވ ލިބާ މީހާގެ މައްޗަށް ތުހުމަތުކުރެވިފައިވާ ކުށަކީ ކޮބައިކަމާއި، އެ ކުށް ކުރާ މީހަކަށް ނުވަތަ ކުށް ކުރަން އުޅުނު މީހަކަށް ނުވަތަ ކުށް ކުރުމުގައި އެހީތެރިވެދިން މީހަކަށް ޤާނނުގައ ކަނޑައަޅާފައިވި އަދަބަކީ ކޮބައިކަން އޭނާއަށް ސާފުކޮށްދޭންވާނެ ކަމަށް ބަޔާންކޮށްފައިވެއެވެ. އަދި އޭނާގެ މައްޗަށް ދއަވ އުފުލިފައިވާ ކުށާ އޭނާގެ މައްޗަށް ސާބިތުނުވިނަމަވެސް، އެ ކުށްކުރަން އޭނާ އުޅުނުކަން ނުވަތަ އެ ކުށް ކުރުމުގައި އެހީތެރިވެދިންކަން ސާބިތުވާ މިންވަރަށް ހެކި ލިބިފައިވާނަމަ، އެ ކުށް ކުރަން އުޅުމުގެ ނުވަތަ އެހީތެރިވުމުގެ ކުށް އޭނާގެ މައްޗަށް ސާބިތުވާ ކަމަށް ކަނޑައެޅިދާނެކަން އޭނާއަށް ސާފުކޮށްދޭނޖެހޭތް މިޙައްޤު ކުރިއާލާ ކަށަވަރުކުރެވިފައިވާތީއެވެ.
21ދައުލަތުގެ އިސްތިއުނާފެ ނުކުތާގައި މި ދެ ޙާލަތު ފަރަޤުކުރާ ކުރުމަށް އަހުރެންނަށް އެއްބަސްވވެ އެވެ. އެހެންނަމަވެސް، މިދެޙލަތުގައިވެސް، ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން އެފަދަ ހުށަހެޅުމެއް ހުށަހަޅަންވާނެކަމަށް ބަޔާންކުރާކަމީ، ގަވާއިދގު ސަރީޚަ އިބާރތާ ނ ފެންނަން އޮތް ޙަޤީޤަތެކެވެ. އެހެންކަމުން، ދައުލަތުގެ އިސްތިއުނާފު ފޯމުގައިވެސް އެއްބަސްވެފައިވާ ފަދައިން މިއީ މިކަން ކުރަން އޮތް އިޖުރާއަތެވެ.
22HN2އެހެންކަމުން، ދެން އުފެދޭ ސުވާލަކީ މިއިޖުރާއަތު ފުރިހަމަ ނުކޮށްފިނަމަ އެކަމުގެ ނަތީޖާއަކީ ކޮބައިތޯއެވެ؟ އަދި ދައުލަތުގެ ޚުލާސާ ބަޔާނުގައި އެފަދަ ހުށަހެޅުމެއް ދައުލަތުން ހުށަނޭޅުމުގެ ސަބަބުން ކުށް ކުރަން އުޅުމުގެ ނުވަތަ އެހީތެރިވުމުގެ އަދަބު ކަނޑައެޅުމަށް ފަނޑިޔާރަށް އޮތް އިޚްތިޔާރީ ބާރު ހަނިވެގެންތޯ އެވެ؟
23ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޢަލީ ޒުބައިރު އާއި އިތުރު 2 ފަރާތެއް ވ .ޕްރޮސިކިއުޓަރ ޖެނެރަލްގެ 19 18 އޮފީސް ޤަޟިއްޔާގައި ޖިނާއީ އިޖުރާއަތުގެ ޤާނޫނު ގައި ހިމެނޭ އިޖުރާއަތު ތަންފީޛީ ކުރު ފަރާތަކުން ހަދާ ގޯހެއްގެ ސަބަބުން، ޤާނޫނުއަސާސީގެ ދަށުން ލިބެންޖެހޭ އަސާސީ ޙައްޤެއް ގެއްލިގެން ނުދާނަމަ އަދި، އެ ޚިލާފުވި އިޖުރާއަތަކީ ރަނގަޅު ކުރެވުމުގެ ފުރުސަތު އޮތް އިޖުރާއަތެއްނަމަ، އެކަމެއް ރަނގަޅުކުރުމާއެކު، އެ މައްސަލައެއް ކުރިއަށް ގެންދެވިދާނެ ކަމަށް ބަޔާންކޮށްފައިވެއެވެ.
24އެހެންކަމުން، ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 136 ވަނަ މާއްދާގއަ ބަޔާންކޮށްފައިވާ ފަދައިން ދަށު ދަރަޖައިން (ކުށް ކުރަން އުޅުން ނުވަތަ އެހީތެރިވުން) ކުށް ސާބިތުވާކަމަށް 2020/SC-A/108, 2020/SC-A/109, 2020/SC-A/110 ހެކި ލިބޭ ކަމަށް ދައުލަތުގެ ޚުލާސާ ބަޔާނުގައި ފާހަގަނުކުރުމަކީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 87 ވަނަ މާއްދާއިން ފަނޑިޔާރަށް ލިބިދޭ އިޚްތިޔާރު ހަނިވާ ކަމެއްތޯ ބެލުމުގައި ބަލަންޖެހޭ ފުރަތަމަ ކަމަކީ މިއިޖުރާއަތު ހިމެނުމުގެ ބޭނުމަކީ ކޮބައިތޯއެވެ؟ ހިމާޔަތްކުރަން ޤަސްދުކުރަނީ ކޮން މަސްލަޙތެއްތޯއެވެ. އިޖުރާއަތު ފުރިހަމަ ނުކުރުމުގެ ސަބަބުން އަސާސީ ޙައްޤެއް ގެއްލިގެންދޭތޯއެވެ.
25HN3ކުށެއް ކުރި ކަމުގެ ދައުވާ އުފުލިފައިވާ ކޮންމެ މީހަކަށްވެސް އެމީހެއްގެ މައްޗަށް އުފުލާފައިވާ ދައުވާތައް 23 22 އަންގައިދިނުމުގެ ޙައްޤު ލިބިގެންވެއެވެ. އެއީ ދުސްތ ރީ އަދި އިންސާނީ ޙައްޤުތަކާބެހޭ މުއާހަދާތަކުގައި އިސްތިޤްރާރުވެފައިވާ ޙައްޤެކެވެ. ތުހުމަތުކުރެވޭ ކުށަކީ ކޮބައިކަން އަންގައިދިނުމުގެ ޙައްޤަކީ ތުހުމަތު ކުރެވޭ ފަރާތަށް ތުހުމަތު ކުރެވޭ ވަކި ކުށެއްގެ މޢަލމާތު ރަސްމީކޮށް އަންގައި، އާބިޓްރަރީ ދައުވާތައް ހުއްޓުވުމަށް މަގުފަހިކޮށްދޭ ޙައްޤެކެވެ. ދައުވާ އެނގުމުން ދައުވާ ލިބޭ މީހއަށާ ދިފާޢާ ތައްޔާރުކޮށް، ހެކި އެއްކޮށް، ދައުވާއަށް ތައުނުކުރުމުގެ ފުރުސަތު ލިބެއެވެ. ތުހުމަތު ކުރެވޭ މީހުންގެ ހިމާޔަތްކުރެވޭ ޙައްޤަކީ، ތުހުމަތު ކުރެވޭ މީހާ ތުހުމަތުން ބަރީޢަވުމަށް މަސައްކަތްކުރުމުގެ ޙައްޤެވެ.
26HN4ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 87 ވަނަ މާއްދާ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި ހިމަނާފައިވަނީ އެއިޖުރާއަތުގެ ސަބަބުން މަސްލަޙތުތައް ހިމަޔަ ތްވެގެންދާތާ ކަމަށް މުޙައްމަދު ނަޖާޙް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ޤަޟިއްޔާގައި ސުޕްރީމް ކޯޓުން ފާހަގަކޮށްފައިވެއެވެ. ބައިނަލްއަޤްވާމީގޮތުން ޢަމަލުކުރެވޭ އޞު ލުތަކަށް ބަލާއިރު، ދައުވާ އުފުލިފައިވާ ކުށް ސާބިތު ނުވިނަމަވެސް، އެކުށް ގުޅުންހުރި (އެހީތެރިވުން/ ކުށްކުރަންއުޅުން) ފަދަ ފުރިހަމަނުވާ ކުށްތައް (crimes inchoate) ސާބިތުވާ މިންވަރަށް ހެކި ލިބޭ ޙލަތުގައާ އެފަދަ ފުރިހަމަނުވާ ކުށް ސާބިތުކޮށް އަދަބު ކަނޑައެޅުމަކީ، ބަލައިގަނެވިފައިވާ އޞު ލެކެވެ. މިޙާލަތުގައ ކުށުގެ އުންސުރުތައް ސާބިތުވަނީ ހެކި ލިބުނު ވަރުގެ ޤާނ ނުއަސާސީގެ 51 (ހ) Article 14 (3) International Covenant on Civil and Political Rights SC 18 [2022] ޕެރެގްރާފް 43 ނިސްބަތުން ކަމުގައިވާތީ އުފުލިފައިވާ ކުށް ސާބިތުނުވިނަމަވެސް އެކުށް ކުރަން އުޅުނުކަން ނުވަތަ ކުށަށް އެހީތެރިވުމުގެ ކުށް ސާބިތުވުމުގެ ފުރުސަތު އޮންނާނެކަމުގެ ނޯޓިސް ދައުވާ ލިބޭ ފަރާތަށް އޮންނާނެކަމަށް ބެލެވޭތީއެވެ. މިޙާލަތުގައ އިންސާފުވެރި ޝަރީޢަތެއްގައި ހިމެނި ދިފާޢުވުމުގެ ނޯޓިސް ތުހުމަތުކުރެވޭ ފަރާތަށް ލިބިފައި ޝަރީޢަތަށް ވާޤިއާތަކުން ސާބިތުވި އެހީތެރިވި ކަމުގެ ނުވަތަ ކުށް ކުރަން އުޅުނުކަމުގެ ޢަމަލުތަކަށް އަދަބެއް ނުލިބި މުއްތަހަމު މުޖުތަމަޢަށް ދވުމުން ދުރުކުރެވެއެވެ.
27ދިވެހިރާއްޖޭގައި ޢަމަލުކުރެވޭ އޞު ލުތަކަށް ބަލާއިރު، ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ހ) އިން ލިބޭ ޙައްޤު ކަށަވަރު ކުރުމުގެ އިޖުރާއަތު ބަޔާންކުރެވިފައިވަނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 710 ވަނަ މާއްދާގައެވެ. އެގޮތުން، އެމާއްދާގެ (ރ) ގައި ބަޔާންކޮށްފައިވަނީ އަންނަނިވި ފަދައިންނެވެ. ދައުވާ ލިބޭ މީހާގެ މައްޗަށް ތުހުމަތުކުރެވިފައިވާ ކުށަކީ ކޮބައިކަމާއި، އެ ކުށް ކުރާ މީހަކަށް ނުވަތަ ކުށް ކުރަން އުޅުނު މީހަކަށް ނުވަތަ ކުށް ކުރުމުގައި އެހީތެރިވެދިން މީހަކަށް ޤާނނުގައ ކަނޑައަޅާފައިވި އަދަބަކީ ކޮބައިކަން އޭނާއަށް ސާފުކޮށްދޭންވާނެއެވެ. އަދި އޭނާގެ މައްޗަށް ދަޢުވާ އުފުލިފައިވާ ކުށް އޭނާގެ މައްޗަށް ސާބިތުނުވިނަމަވެސް، އެ ކުށް ކުރަން އޭނާ އުޅުނުކަން ނުވަތަ އެ ކުށް ކުރުމުގައި އެހީތެރިވެދިންކަން ސާބިތުވާ މިންވަރަށް ހެކި ލިބިފައިވާނަމަ، އެ ކުށް ކުރަން އުޅުމުގެ ނުވަތަ އެހީތެރިވުމުގެ ކުށް އޭނާގެ މައްޗަށް ސާބިތުވާ ކަމަށް ކަނޑައެޅިދާނެކަން އޭނާއަށް ސާފުކޮށްދޭންވާނެއެވެ.
28މި މާއްދާއަށް ބެލުމުން، ޖިނާއީ ކޮންމެ ދައުވާއެއްގައި ދައުވާ ސާފުކޮށްދިނުމުގައި، އުފުލިފައިވާ ދައުވާއަކީ ކޮބައިކަން ބުނެދިނުމުގެ އިތުރަށް، އުފުލިފައިވާ ދައުވާ ސާބިތުނުވިނަމަވެސް، އެކުށް ކުރަން އުޅުނުކަން ނުވަތަ އެހީތެރިވެދިންކަން ސާބިތުވާ މިންވަރަށް ހެކި ލިބިފައިވާނަމަ، އެކުށް ކުރަން އުޅުނުކަން ނުވަތަ އެހީތެރިވެދިންކަން ސާބިތު ކުރެވިދާނެކަން އެމީހަކަށް ބުނެދޭންޖެހެއެވެ. އެހެންކަމުން، ޤާނ ނުއަސާސީގެ 51 ވަނަ މާއްދާގެ (ހ) އިން ރައްކާތެރިކޮށްދޭ މަސްލަޙަތު ހިމާޔަތްކުރެވި އެފަދަ ދައުވާ އުފުލިފައިނުވިނަމަވެސް އެހީތެރިވެދިންކަން ނުވަތަ ކުށް ކުރަން އުޅުނުކަން ސާބިތުކުރެވިދާނެކަމުގެ ނޯޓިސް ދައުވާ ލިބޭ ފަރާތަށް ލިބި ދިފާޢު ބިނާކުރުމުގެ ފުރުސަތު ފަހިކޮށްދީފައިވާކަން އެނގެއެވެ. އެހެންކަމުން، މިނޯޓިސް ދައުވާ ލިބޭ ފަރާތަށް ދެވިފައިވާ ޙާލަތެއްގައި، ޚުލާސާ ބަޔާނުގައި ދައުލަތުން އެފަދަ ކުށެއް ސާބިތުވާކަމަށް ފެންނަ ކަމަށް ބަޔާންނުކުރުމީ، ޖިނާއީ އިޖުރާއަތުގެ ޤާނ ނުގެ 87 ވަނަ މާއްދާއިން ފަނޑިޔާރަށް ލިބޭ އިޚްތިޔާރު ހަނިވާކަމެއ ކަމުގައް ނުބެލެވެއެވެ. އަދި، އެފަދައިން ޚުލާސާ ބަޔާނުގައި ފާހަގަނުކޮށް އޮތްވައި އެބާވަތުގެ ކުށެއް ސާބިތުވާކަމަށް ކަނޑައެޅުމީ ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 136 ވަނަ މާއްދާއާ ޚިލާފުވުން ކަމުގައި ނުބެލެވެއެވެ.
29HN5ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 87 ވަނަ މާއްދާގައިވާ އިބާރާތަށް ބަލާއިރު، ދައުވާ އުފުލިފައި ނުވިނަމަވެސް ކުށް ކުރަން އުޅުން ނުވަތަ އެހީތެރިވުން ސާބިތުވާ ޙާލަތުގައި ކުށް ސާބިތުކުރުމަކީ ފަނޑިޔާރުގެ އިޚްތިޔާރީ ބާރުގެ ތެރެއިން ނިންމާ ނިންމެއްކަން އެނގެއެވެ. ފަނޑިޔާރުގެ އިޚްތިޔާރީ ބާރުގެ ތެރެއިން ނިންމާ ނިންމުމެއްގެ މައްޗަށް އިސްތިއުނާފީ ކޯޓަކުން ވަންނަންވާނީ ހަމައެކަނި އަންނަނިވި ފަދަ ޙާލަތެއް އޮތްނަމަ ކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލް ވ. އޚމ ޤަޟިއްޔާގެ އިއްތިފާޤު ރަޢު ޔުގައ ފަނޑިޔާރި ޙުސްނުއްސުޢޫދު ބަޔާންކުރައްވާފައިވެއެވެ. ދަށުކޯޓުގެ ފަނޑިޔާރު ގޮތް ނިންމީ ރަނގަޅުނ ން އުޞލަކަށ ބިނާކޮށްގެން ކަމަށްވުން؛ ނުވަތަ ދަށުކޯޓުގެ ފަނޑިޔާރު އިޚްތިޔާރުކުރި ގޮތް ނިންމުމުގައި ކަމާނުބެހޭ ކަންކަމަށް ރިޢާޔަތްކޮށްފައިވުން؛ ދަށުކޯޓުގެ ފަނޑިޔާރު އިޚްތިޔާރުކުރިގޮތް ނިންމުމުގައި ރިޢާޔަތްކުރި ވާގިއާތަކުގެ ޙަޤީޤަތް ދަށުކޯޓުގެ ފަނޑިޔާރަށް އޮޅިފައިއޮތުން؛ [2022] SC 39 ދަށުކޯޓުގެ ފަނޑިޔާރު އިޚްތިޔާރުކުރި ގޮތް ނިންމުމުގައި މައިގަނޑު ވާގިއާއަކަށ ނުވަތް ކަމަކަށް ރިޢާޔަތްކޮށްފައިނެތުން؛ ދަށުކޯޓުގެ ފަނޑިޔާރު އިޚްތިޔާރުކުރި ގޮތުގެ ސަބަބުން އެކަށީގެންނުވާ ކަމެއް ނުވަތަ ބޭއިންސާފެއް މެދުވެރިވެފައި އޮތުން، މިއެވެ.
30މިމައްސަލައިގައި މިއިޚްތިޔާރީ ބާރު ފަނޑިޔާރު ބޭނުންކޮށްފައިވާގޮތަށް ބަލާއިރު، އަންނަނިވި ކަން ކަން ފާހަގަކުރެވެއެވެ.
1.30.ޖިނާއީ އިޖުރާއަތު ގެ ޤާނޫނުގެ 87 ވަނަ މާއްދާގެ ދަށުން ލިބޭ އިޚްތިޔާރު ތަޠްބީޤުނުކުރަން ފަނޑިޔާރު ނިންމި މައިގަނޑު ސަބަބަކީ، ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 136 ވަނަ މާއްދާގައި ބަޔާންކުރާ ފަދަ ހުށަހެޅުމަށް ހުށަހަޅާފައިނުވުމުން، މައްސަލަ ބަލާ ފަނޑިޔާރުގެ އަމިއްލަ އިސްނެގުމުގައި، އެހެން ދައުވާއެއް ސާބިތުވާކަމަށް ކަނޑައެޅުމަކީ، ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 136 ވަނަ މާއްދާއާ ޚިލާފަށް ޢަމަލުކުރުންކަމުގައި ޝަރީޢަތަށް ފާހަގަކުރެވުމުންނެވެ. އެހެންނަމަވެސް، އިސްވެ ބަޔާންކުރެވުނު ސަބަބުތަކަށް (28 ވަނަ ޕްރެގްރާފް) އަށް ބަލާއިރު، ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގވާއިދުގަ 136 ގެ ދަށުން ޚުލާސާ ބަޔާން ހުށަނޭޅުމަކީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 87 ވަނަ މާއްދާއިން ފަނޑިޔާރަށް ލިބޭ އިޚްތިޔާރު ހަނިވާ ކަމއްކަމަށެ ނިންމާފައިވަން ރަނގަޅު އ ޞު ލަކަށް ބިނާކޮށްކަމުގައި ނުބެލެވެއެވެ.
2.30.މި މައްސަލައިގައި ކަން ހިނގާފައިވާގޮތަށް ބަލާއިރު، ދައުވާ ސާފުކޮށް ދެވުނުއިރު "ދައުވާކުރެވިފައިވާ ޤާނނުގައ ކަނޑައަޅާފައިވި އަދަބަކީ އެޤާނޫނުގެ 5 ވަނަ މާއްދާގެ
(ހ) އާއި އެމާއްދާގެ (ށ) އާ ޙަވާލާދީ އެމާއްދާގެ (ނ) ގެ ދަށުން މަރުކަން ފާހަގަކޮށްލަން" އަދި އެއަށް ވުރެ ދަށު ދަރަޖައިން ސާބިތުވެއްޖެނަމަ އެޤާނޫނުގެ (ޅ) ގެ ދަށުން (ބ) ގައި ބަޔާންކޮށްފައިވާ ކުށުގެ އަދަބަކީ 15 (ފަނަރަ) އަހަރާއި 25 (ފަންސަވީސް) އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށްލުންކަން ދައުލަތުން ފާހަގަކުރަން" ދައުލަތުން މިފަދައިން ފާހަގަކޮށް ޤާނޫނުގައި ބަޔާންކުރާ އިޖުރާއަތު ފުރިހަމަކޮށް ޤާނޫނުއަސާސީން ކަށަވަރުކޮށްދޭ ތުހުމުތު އޮތްކަމުގެ ނޯޓިސް ދައުވާ ލިބޭ ފަރާތްތަކަށް ދެވިފައިވާކަން އެނގެއެވެ.
3.30.ދަށު ކޯޓުގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ 29 ވަނަ ޕެރެގްރާފްގައި، މިމައްސަލައިގެ އިބްތިދާއީ މަރޙު ލާގައަ ޖިނާއި އިޖުރާއަތުގެ ޤާނޫނުގެ 87 ވަނަ މާއްދާގެ ދަށުން އެހެން ކުށެއް ސާބިތުވުމުގެ ފުރުސަތު އޮތް ކަމަށް ޕްރޮސިކިއުޝަނުން ބަޔާންކޮށްފައިވާކަމަށް ޝަރީޢަތުން ފާހަގަކޮށްފައިވެއެވެ. އެގޮތުން 25 މެއި 2019 ވަނަ ދުވަހު ޝަރީޢަތުގެ މަޖިލީހަށް ދައުލަތުގެ ވަކީލު ދިން ބަޔާނުގައި "މިހާރު ޢަމަލުކުރަމުންދާ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 87 ވަނަ މާއްދއަށާ ރޢި ޔަތްކުރާއިރާ މިމައްސަލައިގައި ހެކި ޤަރީނާ ވަޒަނކުރުމަށްފަހް ޝަރީޢަތަށް ސާބިތުވާ މިންވަރަށް ބައިވެރިވުން ނުވަތަ އުޅުން ސާބިތުވުމަކީ ވެސް އެކަށީގެންވާ ކަމެއް" ކަމަށް ފާހަގަކޮށްފައިވެއެވެ. ދައުލަތުގެ ވަކީލު 07 ނޮވެމްބަރު 2017 ވަނަ ދުވަހު ކްރިމިނަލް ކޯޓަށް ދިން މަޙްޟަރު ބަޔާން ކްރިމިނަލް ކޯޓުގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ 287 ވަނަ ޞަފްޙާ
31ބުނެވުނު ކަންތައްތަކަށް ރިޢާޔަތްކުރާއިރު، ޤާނ ނުން ލިބިދީފައިވާ މިއިޚްތިޔާރު ބޭނުންކުރެވިދާނެކަމަށް ނުފެންނަކަމަށް ޝަރީޢަތުން ބިނާކޮށްފައިވަނީ ރަނގަޅު ޤާނ ނ އަސާސެއްގެ މައްޗަށް ބިނާކޮށް ކަމުގައިނުވާތީ އާއި މައްސަލައިގައި ކަން ހިނގާފައިވާގޮތަށް ބަލާއިރު، ދައުވާ އިއްވުމުގައާއި އަދި ޝަރީޢަތުގެ ކުރީގެ މަރުޙަލާގައި ކުށް ކުރަން އުޅުމުގެ ނުވަތަ އެހީތެރިވުމުގެ ދައުވާ ސާބިތު ކުރެވިދާނެ ކަމުގެ ފުރުސަތު އޮތްކަމާއި، އަދަބަކީ ކޮބައިކަން ބުނެދފައިވާކަނީ ފާހަގަކުރެވެއެވެ. ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 136 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުން މިފަދަ ޙާލަތަކީ، ކުށް ސާބިތުވާގޮތް ސަބަބާއެކު ދައުލަތުން ބަޔާންކޮށް އެކަމާމެދު ބަސްބުނުމުގެ ފުރުސަތު ދިނުން ގަވާއިދުން ލާޒިމުކޮށްފައިވާ ޙާލަތެއް ނ ންކަމަށްވާއިރު، ދައުލަތުގެ ޚުލާސާ ބަޔާނުގައި ކުށް ސާބިތުވާކަމަށް ދެކޭ ކަމަށް ބަޔާން ނުކުރުމުގެ ސަބަބުން ކުރިއާލާ ދެވުނު ނޯޓިހަކީ ލިބިފައިނުވާ ނޯޓިހެއް ކަމުގައި ޝަރީޢަތުން ބަލައި ބަސްބުނުމުގެ ފުރުޞަތު ނުލިބޭކަމަށް ޝަރީޢަތުން ފާހަގަކޮށްފައިވަނީ ގޯސްކޮށްކަމުގައި ދެކެމެވެ.
32HN6ދައުލަތުގެ މިއިސްތިއުނާފުގައި ފާހަގަކޮށްފައިވަނީ، މިމައްސަލައިގައި ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތ ނ އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނ ނުގެ 5 މާއްދާގެ (ޅ) ގެ ދަށުން ކުށް ސާބިތުވާކަމަށް ފަނޑިޔާރަށް އިޤްތިނާޢު ވެވިފައިވާކަމަށެވެ. އެގޮތުން ފާހަގަކޮށްފައިވަނީ، ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގެ 151 ވަނަ ޕެރެގްރާފްއިން މިކަން އެނގޭކަމަށެވެ. ކްރިމިނަލް ކޯޓުގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގެ 151 ވަނަ ޕްރެގްރާފްގައި ބަޔާންކޮށްފައިވަނީ އަންނަނިވި ފަދައިންނެވެ. "މުޙައްދު ދިފްރާން މި ޙާދިޘާ ހިނގި ރޭ ޔާމީން ރަޝީދަށް ފާރަލާފައި ވާކަން އެނގެން އޮތް ނަމަވެސް އޭނާ ޤަތުލު ކުރި ތަނަށް ޙާޟިރުވި ކަމަށް އެއްވެސް މިންވަރަކަށް ދައުލަތުން ހުށަހެޅި ހެކި ޤަރީނާ ތަކުން އެނގެން ނެތެވެ. އިސްމާޢީލް ރަޝީދު އެތަނަށް ހާޟިރުވި ކަމަށް ދަލީލު ލިއްބައިދެނީ އެންމެ ހެއްކެއްގެ ހެކިބަހުން ކަމަށް ވެފައި ޖުމްހޫރު ޢިލްމުވެރިން (ހަނަފންނާއި، ޝާފނީ އަދި ޙަންބަލން) ވިދާޅުވީ ގޮތުގައާ ޤަތުލު ކުރުމަށް އެއްބަސްވެ އެތަނަށް ޙާޟިރުވި ނަމަވެސް ޤަތުލު ގައި ޢަމަލީ ގޮތުން ބައިވެރި ނުވާނަމަ ޤިޞާޞް ވާޖިބެއް ނުވާނެތީއާއި،"..
33ކްރިމިނަލް ކޯޓުގެ މިބަޔާން ކުރުމަކުން ދައުލަތުން ފާހަގަކުރާ ފަދައިން ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 87 ވަނަ މާއްދާގެ (ށ) ގެ ދަށުން ކުށް ސާބިތުވާކަމަށް ފަނޑިޔާރަށް އިޤްތިނާއުވެވި ފައިވާކަމަށް ނުބެލެވެއެވެ. އެހެނީ، މިބާވަތުގެ ކުށެއް ސާބިތުކުރުމުގައިވެސް ކުށުގެ އުންސުރުތައް ފުރިހަމަވާގޮތް ވަޒަންކުރަންޖެހޭ އިރު، އެކަން ކޮށް ޝަރީޢަތުން ގޮތެއް ކަނޑައަޅާފައިނުވެއެވެ.
34HN7ދައުލަތުން ހުށަހަޅާފައި މިވާ އިސްތިއުނާފ ގުޅިގެނާ އިސްތިއުނާފު ރައްދުވާ ފަރާތްތަކުން ފާހަގަކުރާ އެއްކަމަކީ، ކުށް ސާބިތުވާކަމަށް ބެލެވޭ ޙާލަތުގައި ފަނޑިޔާރު އިސްނަގައި ސުވާލުކޮށް ގޮތް ކަނޑައެޅުމީ ޕްރޮސިކިއުޝަންގެ ތޮފި އަޅައި އެޒިންމާ ފަނޑިޔާރު އަދާކުރުން ކަމަށެވެ. ކުރިން ބަޔާންކުރެވުނު ފަދައިން ދައުވާ އުފުލިފައި ނުވިނަމަވެސް ވާޤިއާތަކުން ސާބިތުވާ ވަކި ޝަރުޠުތަކަށް ފެތޭ ކުށްތައް ސާބިތުވާކަމަށް ކަނޑައެޅުމުގެ އިޚްތިޔާރު ފަނޑިޔާރަށް ލިބިފައިވާއިރު، އަދި އެފުރުސަތު އޮތް ކަން ދުރާލާ ހާމަވެފައިވާ މިޙާލަތުގައި، ޚަލާސ ބަޔާނާ ހުށަހެޅުމުގައި ދައުލަތުނު އެކަން ފާހަގަނުކުރުމުން އައި މިއިޖުރާއީ އައިބު ރަނގަޅުކުރުމުގައި ޢަމަލުކުރެވިދާނެ އެއްގޮތަކީ، ދައުވާ ހުށަހަޅަމުންނާއ އަދި މައްސަލި ހިނގަމުންދިޔައިރު، މިމައްސަލައިގައި ޖިނާއީ އިޖުރާއަތުގެ ޤާނ ނުގެ 87 ވަނަ މާއްދާގެ ދަށުން އަދަބު ކަނޑައެޅިދާނެކަމަށް ދައުލަތުން ފާހަގަކޮށްފައިވާތީ، އެކަމުގައި ދެފަރާތުން ދެކޭގޮތަކީ ކޮބައިތޯ ޝަރީޢަތުން ސާފުކޮށްލުމެވެ. މިވެނި ހެއްކެއް މިވެނި ގޮތަކަށް ހުރި ކަމަށް ފަނޑިޔާރަށް ފާހަގަވާކަމަށް ބަޔާންކޮށް އެކަމުގައި ބަސްބުނުމުގެ ފުރުސަތު ދައުވާ ލިބޭ ފަރާތަށް ދިނުމެއް ނ ނެވެ. މިޙާލަތުގައިވެސް ފަނޑިޔާރަކީ ދެފަރާތަށް ހަމަހަމަ ފުރުސަތުދީ ޙައްޤުތައް ކަށަވަރުކޮށް އިންސާފުވެރި ޝަރީޢަތެއް ފަހި ކޮށްދޭ ފަރާތްކަމުގައިވާތީ ފަނޑިޔާރުގެ ދައުރަކީ އމަގެ ހުޅުވައި ޤާނ ނުއަސާސީން ހިމާޔަތްކޮށްދޭ ޙައްޤުތައް ކަށަވަރުކުރުމެވެ.
ނިންމަން ފެންނަ ގޮތް
35ބުނެވުނު ކަންތައްތައް އެހެން ހުރުމުން، މިމައްސަލައި ގައި ޖިނާއީ އިޖުރާއަތުގެ ޤާނ ނުގެ 87 ވަނަ މާއްދާގެ ދަށުން ލިބިދޭ އިޚްތިޔާރު ބޭނުންނުކުރުމަށ ޝަރީޢަތުން ކަނޑައަޅާފައިވަނީ ރަނގަޅު އަސާސެއްގެ މައްޗަށް ބިނާކޮށްގެން ނ ންކަމަށް ފެންނާތީ، ކްރިމިނަލް ކޯޓުގެ ނަންބަރު 711/Cr-C/2017 ޤަޟިއްޔާގެ ޝަރީޢތަ ނިމުނުގޮތުގެ ރިޕޯޓުގެ 153 ވަނަ ޕެރެގްރާފްގައި ބަޔާންކޮށްފައިވާ ކަންކަން ބާޠިލްކަމަށް ކަނޑައަޅައި، […] ކ.މާލެ އިސްމާޢީލް ރަޝީދު އަދި ގދ.ގައްދޫ، […] މުޙައްމަދު ދިފްރާންގެ މައްޗަށް ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 87 ވަނަ
(ށ) ގެ ދަށުން ކުށެއް ސާބިތުވުމާމެދު ޚަސްމުން ދެކޭގޮތް ސާފުކޮށް ގޮތެއް ކަނޑައެޅުމަށްޓަކައި، ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގ ކޯޓުތަކުގެ ޤާނޫނު) ގެ 46 ވަނަ މާއްދާގެ (ށ) ގެ ދަށުން މިމައްސަލަ ކްރިމިނަލް ކޯޓށަ ތަޙްވީލްކރުމަށް ފެނެއެވެ. ފނޑިޔާރަ ޙަސަނު ޝަފީޢުގެ ރައުޔު :
36ފަނޑިޔާރު ފާޠިމަތު ފަރްހީޒާގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.
ފަނޑިޔާރު ޢަބްދުލްމާނިޢު ޙުސައިންގެ ރައުޔު
37ފަނޑިޔާރު ފާޠިމަތު ފަރްހީޒާގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 87 ވަނަ މާއްދާގެ (ހ)، (ށ)، (ނ)
- ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 107 ވަނަ މާއްދާގެ (ނ) އަދި (ރ)
- ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދު (ނަންބަރު 2021-SC-REG-01) ގެ 136 ވަނަ މާއްދާ
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ހ)
- ICCPR ގެ 14 ވަނަ މާއްދާގެ (3)
- ޤާނޫނު ނަންބަރު 17/2010 (ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ހ)، (ށ)، (ނ)، (ބ)، (ޅ)
- ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 46 ވަނަ މާއްދާގެ (ށ)
- ސުޕްރީމް ކޯޓުގެ މުޙައްމަދު ނަޖާޙް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ([2022] SC 18، ޕެރ. 39-43)
- ސުޕްރީމް ކޯޓުގެ ޢަލީ ޒުބައިރު އާއި އިތުރު 2 ފަރާތް ވ. ޕްރޮސިކިއުޓަރ ޖެނެރަލް (2020/SC-A/108، 2020/SC-A/109، 2020/SC-A/110)
- ސުޕްރީމް ކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލް ވ. އޚމ ([2022] SC 39)
ޝަރީޢަތުގެ ވީޑިއޯ
- ▶ ވީޑިއޯ 1
- ▶ ވީޑިއޯ 2
- ▶ ވީޑިއޯ 3
- ▶ ވީޑިއޯ 4
- ▶ ވީޑިއޯ 5
- ▶ ވީޑިއޯ 6
- ▶ ވީޑިއޯ 7
- ▶ ވީޑިއޯ 8
- ▶ ވީޑިއޯ 9
- ▶ ވީޑިއޯ 10
- ▶ ވީޑިއޯ 11
ހައިކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.