މުޙައްމަދު ނަޢީމް ވ. ޝަމީމާ މުޙައްމަދު އަދި އިތުރު ފަރާތްތައް
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- ސިވިލް ކޯޓު 1005,1006,1007/Cv-C/2015
- ފަހުގެ ތާރީޚު
- ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް
ކޯ ޓާމްސް
ޚުލާޞާ
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ބައުންސްވި ޗެކުތަކުން ލިބެންޖެހޭ ފައިސާ ހޯދުމަށް ހުށަހެޅި 3 މައްސަލައެއް ދަޢުވާލިބޭ ފަރާތުގެ ޣައިރު ޙާޟިރުގައި ސިވިލް ކޯޓުން ނިންމުމުގައި ކޯޓަށް ހާޟިރުވުމުގެ އަމުރު ރައްދުކުރުމާއި އިޢުލާނުކުރުމުގެ އިޖުރާއަތު ފުރިހަމަކޮށްފައިވޭތޯއާއި، ޣައިރު ޙާޟިރުގައި ކުރި ޙުކުމްތައް އަލުން ބެލުމަށް ދަށު ކޯޓަށް ފޮނުވަންޖެހޭތޯ.
ނިންމުން
ދަށުކޯޓުގެ ނިންމުން ބާޠިލުދަށުކޯޓުގެ ޙުކުމްތައް ބާޠިލުކޮށް އަލުން ބެލުމަށް ސިވިލް ކޯޓަށް ފޮނުވި
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 ދަޢުވާލިބޭ ފަރާތުގެ އެޑްރެހަށް އެކި ފަހަރު މަތިން ކޯޓަށް ހާޟިރުވުމުގެ އަމުރު ރައްދުކުރުމަށް އެކަށީގެންވާ މަސައްކަތް ކުރުމަށްފަހުވެސް، ކޮންމެ ފަހަރަކު އެ ގެއިން އަމުރާ ޙަވާލުނުވެ އޭނާ ރާއްޖެއިން ބޭރުގައި ދިރިއުޅޭކަމަށް ބުނާނަމަ، އޭނާގެ އެޑްރެސް ސާފުނުވާކަމަށް ބަލައި ދެން ޢަމަލުކުރަންޖެހޭނީ ކޯޓަށް މީހުން ހާޟިރުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާޢިދުގެ ދަށުން އިޢުލާނުކޮށް ޣައިރު ޙާޟިރުގައި މައްސަލަ ހިންގުމުގެ އިޖުރާއަތަށެވެ.
HN2 ހާޟިރުވާންޖެހޭ މީހާ އުޅޭތަނެއް ނޭނގޭ ޙާލަތުގައި، އޭނާގެ ޣައިރު ޙާޟިރުގައި މައްސަލަ ހިންގޭނެކަމަށް އިޢުލާނުކުރުމުގެ އިޖުރާއަތު ފުރިހަމަކުރުމަށްފަހު ޣައިރު ޙާޟިރުގައި މައްސަލަ ހިންގައި ނިންމުމަކީ ޤަވާޢިދާ އެއްގޮތް ޢަމަލެކެވެ؛ މި މައްސަލަތަކުގައި އިޖުރާއީ އުނިކަމެއް ނެތެވެ.
HN3 ޣައިރު ޙާޟިރުގައި ނިންމާ މަދަނީ މައްސަލައެއް ހައިކޯޓުގައި އިސްތިއުނާފުކުރެވިއްޖެނަމަ، (ހ) ޣައިރު ޙާޟިރުގައި ޙުކުމްކުރުމުގައި އިޖުރާއީ އުނިކަމެއް ނުވަތަ ޢައިބެއް އޮތްނަމަ، ނުވަތަ (ށ) އެފަދަ އުނިކަމެއް ނެތް ނަމަވެސް ދަޢުވާލިބޭ ފަރާތަށް ކާމިޔާބުވުމުގެ އެކަށީގެންވާ ފުރުޞަތެއް އަދި އެކަށީގެންވާ ދިފާޢެއް އޮތްކަމަށް ހައިކޯޓަށް ފެނިއްޖެނަމަ، ޣައިރު ޙާޟިރުގައި ކުރި ޙުކުމް ބާޠިލުކޮށް އަލުން ބެލުމަށް ދަށު ކޯޓަށް ފޮނުވަންވާނެއެވެ.
HN4 ދަޢުވާ ރައްދުވާ ފަރާތުގެ ޣައިރު ޙާޟިރުގައި ޝަރީޢަތްކުރާނަމަވެސް، ދަޢުވާ ސާބިތުވާކަން ނުވަތަ ނޫންކަމާއި، ސާބިތުވާނަމަ ހުރި ހެކިތަކާއި، އެ ހެކި ވަޒަންކުރި ގޮތާއި ދިން ބުރަދަން ބަޔާންކުރުމަކީ ދެފަރާތުގެވެސް ޙައްޤެކެވެ؛ އަމުރު ރައްދުކުރެވިފައިވާ ޙާލަތުގައި ހާޟިރުނުވުމަކީ ދިފާޢުވުމުގެ ފުރުޞަތު އަމިއްލައަށް ދޫކޮށްލުން ނަމަވެސް، ކަމުގެ ޙަޤީޤަތް ކަށަވަރުނުކޮށް ޙުކުމްކުރުމަށް ހުޅުވާލެވޭ ދޮރަކަށް އެއީ ނުވާނެއެވެ.
HN5 ޣައިރު ޙާޟިރުގައި ޙުކުމްކުރާ މައްސަލަތަކުގައިވެސް ހެކި ވަޒަންކުރި ގޮތާއި ހެކިތަކަށް ބުރަދަންދެވުނު ގޮތާއި ނަތީޖާއަށް ވާޞިލުވި ގޮތް ފަނޑިޔާރު ބަޔާންކުރަންޖެހޭނެއެވެ؛ އެކަން ބަޔާންކޮށްފައި ނެތްނަމަ ޞައްޙަ އިޖުރާއަތެއްގެ ތެރެއިން ބަލާފައިވާ މައްސަލައަކަށް ނުވާނެއެވެ.
HN6 ޗެކު ދޫކޮށްފައިވަނީ ކުންފުންޏެއްގެ ނަމުގައިވާ އެކައުންޓަކުން ކަމަށްވުމާއި ކުންފުންޏަކީ ވަކި ޤާނޫނީ ޝަޚްޞެއްކަމާއި ފައިސާ ދީފައިވާކަމުގެ ހެކި ނެތްކަމަށް އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާ ދިފާޢަކީ ދަށު ކޯޓުގައި ބަހުސްކުރެވި ގޮތެއް ކަނޑައަޅަންޖެހޭ ކަމެއް ކަމަށްވާތީ، ޣައިރު ޙާޟިރުގައި ކުރެވުނު މި ޙުކުމްތައް އަލުން ސިވިލް ކޯޓުން ބަލަންޖެހޭނެއެވެ.
ވަކީލުންނާއި ފަނޑިޔާރުން
- ވަކީލުން
- އަޙްމަދު ހައިލަމް، މުޙައްމަދު އިބްރާހީމް
- ބަދަލުގައި ހާޒިރުވި ފަރާތް
- މުޙައްމަދު ޝިފާޒް ޢަބްދުލްޤާދިރު
- ބެންޗު
- މުޙައްމަދު ފައިޞަލް، ފާޠިމަތު ފަރްހީޒާ، ޙަސަން ޝަފީޢު
- ރިޔާސަތު
- —
- ރައުޔު ލިޔުނު ފަނޑިޔާރު
- މުޙައްމަދު ފައިޞަލް · ތާއީދުކުރެއްވީ: ފާޠިމަތު ފަރްހީޒާ، ޙަސަން ޝަފީޢު
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.
1ރާއިދު ޢަބްދް ﷲ ޖަލީލް މައްސަލައިގެ ބާވަތް:ޗެކުން ލިބެންޖެހޭ ފައިސާ ހޯދުމަށްއެދި ހުށަހަޅާ މައްސަލަ މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް: ފަނޑިޔާރު މުޙައްމަދު ފައިޞަލް ފަނޑިޔާރު ފާޠިމަތު ފަރްހީޒާ ފަނޑިޔާރު ޙަސަން ޝަފީޢު 33 ޖުމާދަލްއާޚިރ 3111 ނިމުނު ތާރީޚް: 33 ޖަނަވަރީ 3232 އިސްތިއުނާފުކުރެވުނު މައްސަލަ: ނަންބަރު: 2015C/-v/C1005 ބާވަތް: ޗެކުން ލިބެންޖެހޭ ފައިސާ ހޯދުމަށްއެދި ހުށަހަޅާ މައްސަލަ ހުށަހެޅުނު ތާރީޚް: 23 ޖުލައި 3235 ނިމުނު ތާރީޚް: 33 އޮގަސްޓް 3235 ނަންބަރު: 2015C/-/Cv1007 ބާވަތް: ފައިސާ ހޯދުން ހުށަހެޅުނު ތާރީޚް: 23 ޖުލައި 3235 ނިމުނު ތާރީޚް: 33 އޮގަސްޓް 3235 ނަންބަރު: 2015C/-/Cv1008 ބާވަތް: ފައިސާ ހޯދުމުގެ މައްސަލަ ހުށަހެޅުނު ތާރީޚް: 23 ޖުލައި 3235 ނިމުނު ތާރީޚް: 33 އޮކްޓޫބަރު 3235 އިސްތިއުނާފުކުރި ފަރާތް އިސްތިއުނާފު ރައްދުވާ ފަރާތް މުޙައްމަދު ނަޢީމް، މާލެ 3. ޝަމީމާ މުޙައްމަދު / ދަފްތަރު ނަންބަރު ރސ 3333 ވަކީލު: އަޙްމަދު ހައިލަމް 3. ރާއިފް ޢަބްދުﷲ ޖަލީލް ބަދަލުގައި : މުޙައްމަދު ޝިފާޒް ޢަބްދުލްޤާދިރު 2. ރައުޝަން ޢަބްދުﷲ ޖަލީލް
1. ރާއިދު ޢަބްދުﷲ ޖަލީލް ވަކީލު : މުޙައްމަދު އިބްރާހީމް މަދަނީ– ޗެކުން ލިބެންޖެހޭ ފައިސާ ހޯދުން– ކޯޓަށް ހާޒިރުވުމުގެ އަމުރު ރައްދުކުން، ޣައިރު ހާޒިރުގައި ޙުކުމްކުރުމާގުޅޭގޮތުނ ކޯޓުތަކުން ޢަމަލުކުރުމަށް ކަނޑައަޅާފައިވާ އުޞޫލުތައް، ޣައިރު ހާޒިރުގައި ނިންމާ މައްސަލަތަކުގައި ހައިކޯޓުން ޢަމަލުކުރަންވީގޮތ މައްސަލައިގެ ތަޢާރަފް
3މިއީ، ސިވިލް ކޯޓުގެ ނަންބަރު 1005/Cv-C/2015، 1007/Cv-C/2015، 1008/Cv-C/2015 ޤަޟިއްޔާތައް ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފުކަމަށް ބުނެ، އެ ޤަޟިއްޔާތައް އިސްތިއުނާފު ކުރުމަށް އެދި މާލެ ނަޢީމްގެ ފަރާތުން ހުށަހެޅުމުން ބަލާފައިވާ 2 (ތިނެއް) ޤަޟިއްޔާއެވެ. އެގޮތު ނ ސިވިލް ކޯޓުގް ނިންމުމާއި އެނިންމުމަށް މިކޯޓުން ދެވިފައިވާ ޤަޟިއްޔާ ނަންބަރުގެ ތަފްސީލުތައް ތިރީގައި އެވަނީއެވެ. ސިވިލް ކޯޓުގެ ޤަޟިއްޔާގެ ނަންބަރު ހައިކޯޓުގެ ޤަޟިއްޔާގެ ނަންބަރު
3. އިސްވެ ބަޔާންކުރެވުނު ޤަޟިއްޔާތަކަކީ އެއް ޤާނޫނީ އަސާސެއްގެ މައްޗަށް ހުށަހަޅާފައިވާ 3 (ތިނެއް) ޤަޟިއްޔާތަކެއް ކަމުގައިވާތީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އަޙްމަދު ޝިޔާޛް އަދި އިތުރު ފަރާތްތަކެއް ވ ފުރަނަ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާގައި މިފަދަ މައްސަލަތައް ހިންގުމާމެދު ކަނޑައަޅުއްވާފައިވާ އުޞޫލަށާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ "މައްސަލަ ބަލަ ފަނޑިޔާރުންގެ މަޖިލިސް އެއްގޮތް ކުރުމާބެހޭ އުޞޫލު" އަށް ޙަވާލާދީ މި މައްސަލަތައް ދިވެހިރާއްޖޭގެ ހައިކޯޓުގައި ކުރިއަށް ގެންގޮސްފައިވަނީ ފަނޑިޔާރުންގެ އެއް ބެންޗަކުން 22 (ތިނެއް) ޤަޟިއްޔާ އެކުއެކީގައެވެ.
ސުޕްރީމްކޯޓުގެ ނަންބަރު 2018/SC-A/31 ޤަޟިއްޔާ
2. މި ޤަޟިއްޔާތަކުގައި އިސްތިއުނާފު ރައްދުވާ ފަރާތްތަކަކީ ދަފްތަރު ނަންބަރު ރސ 3333 / ޝަމީމާ މުޙައްމަދު އާއި […] ހެޕީހައުސް / ރާއިފް ޢަބްދުﷲ ޖަލީލް އާއި […] ހެޕީހައުސް / ރާއިދު ޢބްދަ ﷲ ޖަލީލް އަދި […] ހެޕީހައުސް / ރައުޝަން ޢަބްދު ﷲ ޖަލީލު އެވެ.
1. އިސްތިއުނާފު ކުރެވިފައި މިވާ ސިވިލް ކޯޓުގެ ނަންބަރ 1005/Cv-C/2015، 1007/Cv-C/2015، 1008/Cv-C/2015 ޤަޟިއްޔާ އިސްތިއުނާފުކޮށްފައިވަނީ މުޙައްމަދު ނަޢީމްގެ ފަރާތުން ކަމަށްވެފައި މި ޤަޟިއްޔާ ތަކުގައި އިސްތިއުނާފު ރައްދުވާ ފަރާތްތަކަކީވެސ އެއް ފަރާތްތަކެއްކަމުންނާއި، އިސްތިއުނާފު ކުރެވިފައިވާ ނުކުތާތައް ބިނާކޮށްފައިވަނީ އެއް އަސާސެއްގެ މައްޗަށްކަމުން މި ތިން ޤަޟިއްޔާގެ ރިޕޯޓު އެކުލަވާލެވިފައިމިވަނ އެއީ ރިޕޯޓެއްގެ ސިފައިގައެވެ. ސިވިލް ކޯޓަށް ހުށަހެޅުނު މައްސަލަތަކާއި ސިވިލް ކޯޓުން ނިންމި ގޮތް
5މިއީ […] / މާލެ މުޙައްމަދު ނަޢީމް އަނބުރާ ދައްކާގޮތަށް […] / މާލެ ޢަބްދުﷲ ޖަލީލް އަތުން ނަގާފައިވާ US$120,000.00 (އެއްލައްކަ ވިހިހާސް އެމެރިކާ ޑޮލަރު) އަނބުރާ ދެއްކުމުގެ ގޮތުން މުޙައްމަދު ނަޢީމް ޙިއްސާވާ ކުންފުންޏެއް ކަމުގައިވާ ނަޢީމް އެންޑް ސަންސް ޓްރޭޑިންގ ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ސްޓޭޓް ބޭންކް އޮފް އިންޑިއާގައި ހުޅުވާފައި އޮންނަ ނަންބަރު 035277 09330 އެކައުންޓުން 32 ނޮވެންބަރު 3232 ދުވަހު US$120,000.00 (އެއްލައްކަ ވިހިހާސް އެމެރިކާ ޑޮލަރު) އަބްދުﷲ ޖަލީލަށް ނެގޭގޮތަށް ދޫކޮށްފައިވާ ނަންބަރު 218942 ޗެކް ބައުންސްވެފައި ވާތީ، މިޗެކުގައިވާ US$120,000.00 (އެއްލައްކަ ވިހިހާސް އެމެރިކާ ޑޮލަރު) […] / މާލެ، މުޙައްމަދު ނަޢީމް އަތުން އެކީ އެއްފަހަރާ ލިބިގަތުމަށް އެދި ޢަބްދުﷲ ޖަލީލު ހުށަހަޅާފައިވާ މައްސަލައެކެވެ .
6ސިވިލް ކޯޓުގެ ނަންބަރު 1005/Cv-C/2015 ޤަޟިއްޔާ ނިންމާފައިވަނީ އަންނަނިވި ފަދައިންނެވެ. "ދެންފަހެ، […] / މާލެ، މުޙައްމަދު ނަޢީމް () އަނބުރާ ދައްކާގޮތަށް […] / މާލެ، ޢަބްދުﷲ ޖަލީލް އަތުން ނަގާފައިވާ US$120,000.00 (އެއްލައްކަ ވިހިހާސް އެމެރިކާ ޑޮލަރު) އަދާކުރުމުގެ ގޮތުން މުޙައްމަދު ނަޢީމް ޙިއްޞާވާ ކުންފުންޏެއްކަމުގައިވ ނަޢީމާ އެންޑް ސަންސް ޓްރޭޑިނ ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑުގެ ނަމުގައި ސްޓޭޓް ބޭންކް އޮފް އިންޑިއާ ގައި ހުޅުވާފައި އޮންނަ ނަންބަރު 09330 035277 އެކައުންޓުން 32 ނޮވެންބަރު 3232 ދުވަހު US$120,000.00 (އެއްލައްކަ ވިހިހާސް އެމެރިކާ ޑޮލަރު) ޢަބްދުﷲ ޖަލީލަށް ނެގޭގޮތަށް ދޫކޮށްފައިވާ ނަންބަރު 339313 ޗެކް ބައުންސްވެފައކަމަށާއި، އެޗެކުގައިވާ US$120,000.00 (އެއްލައްކަ ވިހިހާސް އެމެރިކާ ޑޮލަރު) މުޙައްމަދު ނަޢީމް އަތުން ހޯދމަށު ޢަބްދުﷲ ޖަލީލު ދަޢުވާކޮށްފައި ވާހިނދު؛ މި މައްސަލައިގެ ޝަރީޢަތް ބޭއްވުމަށްޓަކައި ދަޢުވާލިބޭ މުޙައްމަދު ނަޢީމްގެ ދާއިމީ އެޑްރެހުގައި ނޫޅޭތީ ކޯޓަށް ޙާޟިރުވުމުގެ އަމުރު ރައްދުނުކުރެވިގެން މިއަދު33 އޯގަސްޓް 3235 ދުވަހުގެ 23:35އަށް މުޙައްމަދް ނަޢީމް މިކު ޓަށް ޙާޟިރުކުރުމަށާއި ހާޟިރުނުވެއްޖެނަމަ މުޙައްމަދު ނަޢީމް ޣައިރު ޙާޟިރުގައި މި މައްސަލަ ހިންގައި ނިންމާނެކަމަށް މިކޯޓުގެ ނަންބަރ 1/2015/458-CR-B3-144 (32 އޯގަސްޓް 3235) އިޢުލާނުން ޢާއްމުކޮށް އަންގައި އިޢުލާންކުރުމުންވެސ މުޙައްމަދް ނަޢީމް ކޯޓަށް ހާޟިރުވެ ފައި ނުވާތީ "ކޯޓަށް މީހުން ޙާޟިރުކުރުމުގައި ޢަމަލުކުރާނެގޮތުގެ ޤަވާއިދު" ގެ 39 ވަނަ މާއްދާގެ (ހ) ގެ ދަށުން މުޙައްމަދު ނަޢީމްގެ ޣައިރު ޙާޟިރުގައި މި މައްސަލަ ހިންގާ ބެލިއިރު، ދަޢުވާކުރާ ޢަބްދުﷲ ޖަލީލުގެ ފަރާތުން ދަޢުވާ ޘާބިތުކުރުމަށްޓަކައި ޝަރީޢަތަށް ހުށަހުޅާފައިވާ ލިޔެކިޔުންތަކަށް ބަލާއިރު، މުޙައްމަދު ނަޢީމް އާއި ޢަބްދާ ﷲ ޖަލީލް ބުނެވިދިޔަ ފައިސާ އަނބުރާ ދެއްކުމާމެދު އެއްބަސްވެފައިވާ ލިޔުމާއި، ބުނެވިދިޔަ ފައިސާ އަނބުރާ ދެއްކުމުގެ ގޮތުން ނަޢީމް އެންޑް ސަންސް ޓްރޭޑިންގްކޯޕަރޭޝަނެ ޕްރައިވެޓ ލިމިޓެޑްގުނަމުގައ ސްޓޭޓް ބޭންކް އޮފް އިންޑިއާގައި ހުޅުވާފައި އޮންނަ ނަންބަރ 09330 035277 އެކައުންޓުން 32 ނޮވެންބަރު 3232 ދުވަހު US$120,000.00 (އެއްލައްކަ ވިހިހާސް އެމެރިކާ ޑޮލަރު) ޢަބްދުﷲ ޖަލީލަށް ނެގޭގޮތަށް މުޙައްމަދު ނަޢީމް ޙަވާލުކޮށްފައިވާ ނަންބަރު 339313 ޗެކާ އ، އެ ޗެކު ބައުންސްވެފައިވާކަމަށް ސްޓޭޓް ބޭންކް އޮފް އިންޑިޔާއިން ދީފައިވާ ލިޔުމާއި، އެ ޗެކު ބައުންސްވެފައިވާތީ 23 ދުވަހުގެ ތެރޭގައި ފައިސާ ދެއްކުމަށް މުޙައްމަދު ނަޢީމްއަށް އަންގައި ޢަބްދުﷲ ޖަލީލު 33 ޖެނުއަރީ 3233 ދުވަހު ފޮނުވާފައިވާ ސިޓީއާއި، މި އެންމެހާ ލިޔެކިޔުންތަކުން މި ދަޢުވާ ޝަރީޢަތަށް ޘާބިތުވާކަމުގައި ކަނޑައަޅައި، ދަޢުވާގައިވާ US$120,000.00 (އެއްލައްކަ ވިހިހާސް އެމެރިކާ ޑޮލަރު) ޢަބްދުﷲ ޖަލީލަށް ލިބިދިނުމަށްޓަކައި މިއަދު 33 އޯގަސްޓް 3235 ދުވަހުން ފެށިގެން 23 (އެކެއ) މަސްދުވަހުގެ މުއްދަތުގައި ސިވިލްކޯޓަށް ދައްކަމުންގޮސް މި ދަރަނި ޚަލާޞްކުރުމަށް […] / މާލެ، މުޙައްމަދު ނަޢީމް (ދ.ރ. ކާޑް ނަންބަރު:
A037509) އަށް އަންގައި، ޙުކުމްކޮށްފީމެވެ. "
3. މިއީ […] / މާލެ މުޙައްމަދު ނަޢީމް އަނބުރާ ދައްކާގޮތަށް […] / މާލެ ޢަބްދުﷲ ޖަލީލް އަތުން ނަގާފައިވާ US$220,000.00 (ދެލައްކަ ވިހިހާސް ޑޮލަރު) އަދާކުރުމުގެ ގޮތުން މުޙައްމަދު ނަޢީމް ޙިއްސާވާ ކުންފުންޏެއް ކަމުގައިވާ ނަޢީމް އެންޑް ސަންސް ޓްރޭޑިންގ ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ސްޓޭޓް ބޭންކް އޮފް އިންޑިއާގައި ހުޅުވާފައި އޮންނަ ނަންބަރު 09330 035277 އެކައުންޓުން 32 މެއި 3232 ގައި US$220,000.00 (ދެލައްކަ ވިހިހާސް ޑޮލަރު) ނެގޭގޮތަށް ދޫކޮށްފައިވާ ނަންބަރު 218940 ޗެކް ބައުންސްވެފައި ވާތީ، މިޗެކުގައިވާ US$220,000.00 (ދެލައްކަ ވިހިހާސް ޑޮލަރު) […] / މާލެ، މުޙައްމަދު ނަޢީމް އަތުން އެކީ އެއްފަހަރާ ލިބިގަތުމަށް އެދި ޢަބްދުﷲ ޖަލީލު ހުށަހަޅާފައިވާ މައްސަލައެކެވެ . ސިވިލް ކޯޓުގެ ނަންބަރު C/2015-/Cv1007 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު
9ސިވިލް ކޯޓުގެ ނަންބަރު C/2015-/Cv1007 ޤަޟިއްޔާ ނިންމާފައިވަނީ އަންނަނިވި ފަދައިންނެވެ. "ދެންފަހެ، އިސްވެދިޔަ ބަޔާންތަކަށާއި، ފާހަގަކުރި ނުކުތާތަކުގެ މައްޗަށް ބެލުމަށްފަހު، […] / މާލެ، މުޙައްމަދ ނަޢީމް އަނބުރާ ދައްކާގޮތަށް […] / މާލެ، ޢަބްދާ ﷲ ޖަލީލް އަތުން ނަގާފައިވާ S$220,000.00U (ދެލައްކަ ވިހިހާސް ޑޮލަރު) އަދާކުރުމުގެ ގޮތުން މުޙައްމަދު ނަޢީމް ޙިއްޞާވާ ކުންފުންޏެއްކަމުގައިވ ނަޢީމާ އެންޑް ސަންސް ޓްރޭޑިނ ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑުގެ ނަމުގައި ސްޓޭޓް ބޭންކް އޮފް އިންޑިއާ ގައި ހުޅުވާފައި އޮންނަ ނަންބަރު 035277 09330 އެކައުންޓުން 32 މެއި 3232 ގައި US$220,000.00 (ދެލައްކަ ވިހިހާސް ޑޮލަރު) ނެގޭގޮތަށް ދޫކޮށްފައިވާ ނަންބަރު 218940 ޗެކް ބައުންސްވެފައި ވާތީ، މިޗެކުގައިވާ US$220,000.00 (ދެލައްކަ ވިހިހާސް ޑޮލަރު) […] / މާލެ، މުޙައްމަދު ނަޢީމް އަތުން އެކީ އެއްފަހަރާ ލިބިގަތުމަށް އެދި ޢަބްދުﷲ ޖަލީލު ހުށަހަޅާފައިވާ މިދަޢުވާއަށް ބަލާއިރު، […] / މާލެ، މުޙައްމަދު ނަޢީމް އަނބުރާ ދައްކާގޮތަށް […] / މާލެ، ޢަބްދުﷲ ޖ ލީލު އަތުން އެކި ފަހަރު މަތިން US$220,000.00 (ދެލައްކަ ވިހިހާސް ޑޮލަރު) ނަގާފައި ވާކަމަށް މުޙައްމަދު ނަޢީމް އެއްބަސްވެ ހެކިންގެ ޙާޟިރުގައި ލިޔުމެއްގައި ސޮއިކޮށް އިނގިލީގެ ނިޝާން ޖަހާފައި އޮންނަ ކަމާއި، ބުނެވުނު ފައިސާ އަދާކުރުމުގެ ގޮތުން މުޙައްމަދު ނަޢީމް ޙިއްޞާވާ ކުންފުންޏެއް ކަމުގައިވާ ނަޢީމް އެންޑް ސަންސް ޓްރޭޑިންގ ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ސްޓޭޓް ބޭންކް އޮފް އިންޑިއާގައި ހުޅުވާފައި އޮންނަ ނަންބަރު 09330 035277 އެކައުންޓުން 32 މެއި 3232 ގައި US$220,000.00 (ދެލައްކަ ވިހިހާސް ޑޮލަރު) ނެގޭގޮ ތަށް ދޫކޮށްފައިވާ ނަންބަރު 339312 ޗެކް ބޭންކަށް ހުށަހެޅުމުން ބައުންސްވެފައި ވާކަމާއި، ޗެކް ބައުންސްވުމާ ގުޅިގެން، އެޗެކުގައިވާ ފައިސާ 3 (ހަތެއް) ދުވަހުގެ ތެރޭގައި ދެއްކުމަށް 3 ނޮވެމްބަރު 3232 ގައި ސިޓީއަކުން […] މުޙައްމަދު ނަޢީމަށް އެންގުމުންވެސް ބުނެވުނު ފައިސާ ދައްކާފައި ނުވާކަން ހުށަހެޅިފައިވާ ލިޔުންތަކުން އެނގެން އޮންނާތީ، […] / މާލެ، މުޙައްމަދު ނަޢީމް އަނބުރާ ދައްކާގޮތަށް، […] / މާލެ، ޢަބްދު ﷲ ޖަލީލު އަތުން ނަގާފައިވާ US$220,000.00 (ދެލައްކަ ވިހިހާސް ޑޮލަރު) އަކީ، ދަޢުވާލިބޭ މުޙައްމަދު ނަޢީމް ދަޢުވާކުރާ ޢަބްދު ﷲ ޖަލީލަށް ދައްކަންޖެހޭ ފައިސާއެއްކަން ހުށަހެޅިފައިވާ ލިޔުންތަކަށް ބަލައި މަދަނީ މިންގަނޑުތަކުން ޝަރީޢަތަށް ޘާބިތުވާކަމަށް ކަނޑައަޅައި، ބުނެވުނު ފައިސާ ދަޢުވާކުރުމުގެ ފަރާތަށް ލިބިދިނުމުގެ ގޮތުން، 3235 އޮގސްޓަ33 ވަން ދުވަހުން ފެށިގެން1 (ހަތަރެއް) މަސްދުވަހުގެ ތެރޭގައި ކޮންމެ މަހަކުވެސް އެމަހަކަށް ޖެހޭވަރަށްވުރެނ މަދުނޫން ޢަދަދެއް ސިވިލް ކޯޓަށް ދައްކާ ޚަލާޞްކުރުމަށް ދަޢުވާލިބޭ […] / މާލެ، މުޙައްމަދު ނަޢީމަށް އަންގައި، މުޙައްމަދު ނަޢީމްގެ ޣައިރު ޙާޟިރުގައި، ޙުކުމްކޮށްފީމެވެ. "
3. މިއީ […] / މާލެ މުޙައްމަދު ނަޢީމް (ދރ.ކ ) އަނބުރާ ދައްކާގޮތަށް […] / މާލެ ޢަބްދުﷲ ޖަލީލް (ދ.ރ.ކ ) ގެ އަތުން ނަގާފައިވާ US$75,000 (ހަތްދިހަފަސްހާސް ޑޮލަރު) އަދާކުރުމުގެ ގޮތުން މުޙައްމަދު ނަޢީމް ޙިއްސާވާ ކުންފުންޏެއް ކަމުގައިވާ ނަޢީމް އެންޑް ސަންސް ޓްރޭޑިންގ ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ސްޓޭޓް ބޭންކް އޮފް އިންޑިއާގައި ހުޅުވާފައި އޮންނަ ނަންބަރު 23222225333 އެކައުންޓުން 32 ޑިސެމްބަރު 3232 ވަނަ ދުވަހު US$75,000 (ހަތްދިހަފަސްހާސް ޑޮލަރު) ނެގޭގޮތަށް ދޫކޮށްފައިވާ ނަންބަރ 218943 ޗެކް ބައުންސްވެފައިވާތީ މިފައިސާ ހޯދުމަށް އެދި މުޙައްމަދު ނަޢީމްގެ މައްޗަށް ޢަބްދުﷲ ޖަލީލް ދަޢުވާކުރުމުން ބެލެނު މައްސަލައެކެވެ .
32.ސިވިލ ކޯޓުގް ނަންބަރު 1008/Cv-C/2015 ޤަޟިއްޔާ ނިންމާފައިވަނީ އަންނަނިވި ފަދައިންނެވެ. "ދެންފަހެ، […] / މާލެ މުޙައްމަދު ނަޢީމް އަނބުރާ ދައްކާގޮތަށް […] / މާލެ ޢަބްދުﷲ ޖަލީލްގެ އަތުން ނަގާފައިވާ US$75,000 (ހަތްދިހަފަސްހާސް ޑޮލަރު) އަދާކުރުމުގެ ގޮތުން މުޙައްމަދު ނަޢީމް ޙިއްސާވާ ކުންފުންޏެއް ކަމުގައިވާ ނަޢީމް އެންޑް ސަންސް ޓްރޭޑިންގ ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑް ނަމުގައި ސްޓޭޓް ބޭންކް އޮފް އިންޑިއާގައި ހުޅުވާފައި އޮންނަ ނަންބަރު 23222225333 އެކައުންޓުން 32 ޑިސެމްބަރު 3232 ވަނަ ދުވަހު US$75,000 (ހަތްދިހަފަސްހާސް ޑޮލަރު) ނެގޭގޮތަށް ދޫކޮށްފައިވާ 218943 ޗެކް ބައުންސްވެފައިވާތީ، މިފައިސާ ހޯދުމަށްކުޅަ ދަޢުވާއަށް ޝަރީޢަތުން ބެލިއިރު، ދަޢުވާ ކުރާ ފަރާތުން ނަގައިދިނުމަށް އެދިފައިވާ US$75,000 (ހަތްދިހަފަސްހާސް ޑޮލަރު) އަކީ ދަޢުވާލިބޭ ފަރާތުން ދަޢުވާކުރާ ފަރާތަށް ދައްކަންޖެހި ނުދައްކާހުރި ފައިސާކަން ހުށަހެޅިފައިވާ މުސްތަނަދުތަކުން ޝަރީޢަތަށް ސާބިތުވެއްޖެކަމަށް ކަނޑައަޅައި، މިފައިސާ ޢަބްދު ﷲ ޖަލީލަށް ލިބިދިނުމުގެ ގޮތުން މިއަދު 3235 އޮކްޓބަރޯ 33 ވަނަ ދުވަހުން ފެށިގެން 23 (އެކެއ) މަސްދުވަހުގެ ތެރޭގައި US$75,000 (ހަތްދިހަފަސްހާސް ޑޮލަރު) ސިވިލްކޯޓަށް އެއްކޮށް ދައްކާ ޚަލާޞް ކުރުމަށް ދަޢުވާ ލިބުނު މުޙައްމަދު ނަޢީމަށް އަންގައި، މުޙައްމަދު ނަޢީމްގެ ޣައިރު ޙާޟިރުގައި ޙުކުމްކޮށްފީމެވެ. " ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށހެޅުނަ އިސްތިއުނާފު ނުކުތާތައް
33.ސިވިލް ކޯޓުގެ ނަން ބަރު 1005/Cv-C/2015، 1007/Cv-C/2015، 1008/Cv-C/2015 ޤަޟިއްޔާ ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ ޚިލާފަށް ކަމަށް ބުނެ، އެ ޤަޟިއްޔާ އިސްތިއުނާފުކޮށް މުޙައްމަދު ނަޢީމްގެ ފަރާތުން ހުށަހެޅި ނުކުތާތަކަކީ:
33.3- ކޯޓަށް މީހުން ޙާޟިރު ކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާޢިދުގެ 32 ވަނަ މާއްދާގައި ބަޔާންކުރާ އިޖުރާއަތުތައް ފުރިހަމަ ކުރުމަކާއި ނުލައި މައްސަލާގައި ޙު ކުމްކޮށްފައިވުން އަދި އޭގެ ސަބަބުން ދިވެހިޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 13 ވަން މާއްދާގަ (ހ) ގައި ބަޔާންކޮށްފައިވާ "އިންސާފުން ޝަރީޢަތް ކުރެވުމުގެ ޙައްޤު" އާއި އެމާއްދާގެ (ށ) ގައި ބަޔާންކުރަ"ޢަދުލުވެރިކަމާއެކު، ވަކި ފަރާތަކަށް ނުޖެހި، ހާމަކަމާއެކު" ޝަރީޢަތް ކުރުމުގެ ޙައްޤުން މަޙްރޫމްވެފައިވާކމަށ ބުން ހުށަހެޅި ނުކުތާ؛
33.3- ސިވިލް ކޯޓުގެ ނަންބަރ 1005/Cv-C/2015 ޤަޟިއްޔާގައި އިސްތިއުނާފ ކުރް ފަރާތުން އަލްމަރްޙޫމް ޢަބްދުﷲ ޖަލީލަށް US$120,000.00 (އެއްލައްކަ ވިހިހާސް އެމެރިކާ ޑޮލަރު) ދަރާފައިވާކަން މަދަނީ މިންގަނޑުން ސާބިތުވާ މިންވަރަށް ހެކި ހުށަހަޅާފައިނުވާކަން.
33.2- ސިވިލް ކޯޓުގެ ނަންބަރ 1007/Cv-C/2015 ޤަޟިއްޔާގައި އިސްތިއުނާފ ކުރް ފަރާތުން އަލްމަރްޙޫމް ޢަބްދުﷲ ޖަލީލަށް US$220,000.00 (ދެލައްކަ ވިހިހާސް ޑޮލަރު) ދަރާފައިވާކަނ މަދަން މިންގަނޑުން ސާބިތުވާ މިންވަރަށް ހެކި ހުށަހަޅާފައިނުވާކަން.
33.1- ސިވިލް ކޯޓުގެ ނަންބަރ C/2015-/Cv1008 ޤަޟިއްޔާގައި އިސްތިއުނާފް ކުރާ ފަރާތުން އަލްމަރްޙޫމް ޢަބްދުﷲ ޖަލީލަށް US$75,000 (ހަތްދިހަފަސްހާސް ޑޮލަރު) ދަރާފައިވާކަނ މަދަން މިންގަނޑުން ސާބިތުވާ މިންވަރަށް ހެކި ހުށަހަޅާފައިނުވާކަން. ޝަރީޢަތަށް ފާހަގަކުރެވުނު ކަންކަން ކޯޓަށް މީހުން ޙާޟިރު ކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާޢިދުގެ 32 ވަނަ މާއްދާގައި ބަޔާންކުރާ އިޖުރާއަތުތައް ފުރިހަމަ ކުރުމަކާއި ނުލައި މައްސަލާގައި ޙުކުމްކޮށްފައިވުން އަދި އޭގެ ސަބަބުން ދިވެހިޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 13 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ "އިންސާފުން ޝަރީޢަތް ކުރެވުމުގެ ޙައްޤު" އާއި އެމާއްދާގެ (ށ) ގައި ބަޔާންކުރާ "ޢަދުލުވެރިކަމާއެކު، ވަކި ފަރާތަކަށް ނުޖެހި، ހާމަކަމާއެކު" ޝަރީޢަތް ކުރުމުގެ ޙައްޤުން މަޙްރޫމްވެފައިވާކމަށ ބުން ހުށަހެޅި ނުކުތަ
33މި ނުކުތާގެ ތަފްޞީލުގައި އިސްތިއުނާފު ކުރާ ފަރާތުން ބުނެފައިވަނީ ކޯޓަށް މީހުން ހާޟިރުކުރުމގު އ ޢަމަލުކުރާނެ ގޮތުގެ ގަވާއިދުގެ 32 ވަނަ މާއްދާގައި ބަޔާންކުރާ ގޮތުން، ފުރަތަމަ އަމުރު ރައްދު ކުރެވެން އޮތްނަމަ ހާޟިރުވުމުގެ އަމުރު އެމީހާއާއި ހަވާލު ކުރުމުން އެ އަމުރު ރައްދު ކުރެވުނީއެވެ. އަދި ކޯޓަށީ ޙާޟިރުވާންޖެހޭ ފަރާތް ހޯދުމަށް އެކަށީގެންވާ މަސައްކަތްތަކެއް ކުރުމަށްފަހުގައިވެސް އެ މީހަކު ނުފެނިއްޖެ ޙާލަތެއްގައި، އެ މީހަކު ބަންދުގައި ހުރި މީހަކަށް ނުވާނަމަ، ހާޟިރުވުމުގެ އަމުރު ފޮނުވޭ ފަރާތް ދިރިއުޅޭ ގޭގައި އުޅޭ ތަސައްރަފު ފުދިފައިވާ މީހަކާ އަމުރު ހަވާލު ކުރުމުން އެ އަމުރު ރައްދު ކުރެވުނީ ކަމުގައި ބެލެވޭނެ ކަމަށެވެ. އެއިން ގޮތަކަށްވެސް ޢަމަލު ކުރެވެން ނ ތްނަމަ، ހާޟިރުވާންޖެހޭ މީހާ އާންމު ގޮތެއްގައި ދިރިއުޅޭ ގެއެއް ނުވަތަ ތަނެއްގެ ދޮރާށީގައި ނުވަތަ ފަސޭހައިން ފެންނާނެ ގޮތަށް އެއިން ތަނެއްގައި ބެހެއްޓުމަށް ބަޔާންކޮށްފައިވެއެވެ. ނަމަވެސް މިއިން އެއްވެސް ކަމެއް ކޯޓުން ކޮށްފއިވާކަނަ މައްސަލައިގް ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން އެނގެން ނެތްކަމަށެވެ. ހަމައެއާއެކު ސިވިލް ކޯޓުގެ ރިޕޯޓުން އިއުލާން ކުރިކަން އެނގެން އޮތްނަމަވެސް އޭގެ ކުރިއަށް ހުރި އިޖުރާއަތުތކަށ ޢަމަލް ކޮށްފައިނުވުމާއި، ރޭޑިއޯ އަދި ޓީވީ އިން އިޢުލާން ކުރުމަކީ އާއްމުކޮށް އިޢުލާން ކުރުމުގައި އެންމެ އެކަށީގެންވާ ނަތީޖާ ނެރެވޭނެ ވަސީލަތެއްކަމުގައި ނުދެކޭކަމަށެވެ. އެހެންކަމުން ކޯޓަށް މީހުން ހާޟިރުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ގަވާއިދަށް ޢަމަލުކޮށްފައިނުވާކަމުން ޤާނޫނއަސާސީގު 13 ވަނަ މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކުރާ ޙައްޤުން މަހުރޫމްވެފައިވާކަމަށް ބަލަންޖެހޭ ކަމަށެވެ. ކޯޓަށް މީހުން ޙާޟިރު ކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާޢިދު ކޯޓަށް މީހުން ހާޟިރުވުމުގެ އަމުރު ރައްދުކުރުން
32. ކޯޓަށް މީހުން ހާޟިރުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ގަވާއިދުގެ 32 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ؛
(ހ) ކޯޓަށް ހާޟިރުވާންޖެހޭ ފަރާތަކުން ހާޟިރުވުމުގެ އަމުރު ރައްދުކުރެވެން އޮތް ނަމަ، ހާޟިރުވުމުގެ އަމުރު އެމީހާއާއި ޙަވާލުކުރުމުން އަމުރު ރައްދުކުރެވުނީއެވެ.
(ށ) ޙާޟިރުވުމުގެ އަމުރު ޙަވާލުކުރި ފަރާތާއި، ޙަވާލުވި ފަރާތް އަމުރުގެ އަޞްލާއި ކޮޕީގައި ސޮއިކުރަންވާނެއެވެ. ސޮއިނުކޮށްފިނަމަ ބެލެވޭނީ ޙަވާލުނުވީކަމަށެވެ.
(ނ) ކޯޓަށް ހާޟިރުވާންޖެހޭ ފަރާތް ހޯދުމަށް އެކަށީގެންވާ މަސައްކަތޯކުރުމަށްފަހުގައިވެސް އެ މީހަކު ނުފެނިއްޖެ ޙާލަތެއްގައި، އެމީހަކާ ބަންދުގައި ހުރި މީހަކަށް ނުވާނަމަ، ޙާޟިރުވުމުގެ އަމުރު ފޮނުވޭ ފަރާތް ދިރިއުޅޭ ގޭގައި އުޅޭ ތަޞައްރަފު ފުދިފައިވާ މީހަކާ ނުވަތަ ކޯޓުން ހާޟިރުވާންޖެހޭ މީހާގެ ވަކީލާ، ނުވަތަ ބަދަލުގައި ހަމަޖައްސާފައިވާ މީހާއާ އަމުރު ޙަވާލުކް ރުމުން، ޙާޟިރުވުމުގެ އަމުރު ރައްދުކުރެވުނީކަމަށ ބެލެވޭނެއެވެ.
(ރ) މި މާއްދާގެ (ހ)،(ށ) (ނ) ގައިވާ ގޮތަށް ޢަމަލުކުރެވެން ނެތްނަމަ، ޙާޟިރުވުމުގެ އަމުރު ފޮނުވޭ ފަރާތް ޢާންމުގޮތެއްގައި ދިރިއުޅޭ ގެއެއް ނުވަތަ ތަނެއްގެ ދޮރާށީގައި، ނުވަތަ އުޅަނދެއްގައި އަމުރު ހިއްޕުމުނ ނުވަތް އެ އަމުރު ފަސޭހައނި ފެންނާނެ ގޮތަށް އެއިން ތަނެއްގައި ބެހެއްޓުމުން، ޙާޟިރުވުމުގެ އަމުރު ރައްދުކުރެވުނީކަމަށް ބެލެވޭނެއެވެ.
ދަޢުވާލިބޭ ފަރާތް ކޯޓަށް ހާޟިރުނުވުން
31. ދަޢުވާލިބޭ ފަރާތް ކޯޓަށް ޙާޟިރުނުވުމުން ޢަމަލުކުރާނެގޮތް ބުނެވިދިޔަ ގަވާއިދުގެ 39 ވަނަ މާއްދާގައި ބަޔާންކޮށްފައިވެއެވެ. އެ މާއްދާގައިވަނީ: "ކޯޓަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން ކޯޓަށް ހާޟިރުވުމުގެ އަމުރު ލިބި،މަޤުބޫލު އ ޛުރެއްނެތި އަމުރުގައިވާ ތާރީޚިއ ގަޑިއަށް ދަޢުވާލިބޭ ފަރާތް ކޯޓަށް ޙާޟިރުނުވެއްޖެނަމަ، ނުވަތަ ޙާޟިރުކުރަންޖެހޭ މީހާ ދީފައިވާ އެޑްރެހުގައި ނެތް، އެމީހާ ވީތަނެއް ނޭނގޭނަމަ ޣައިރު ހާޟިރުގައި މައްސަލަ ހިންގޭނެކަން އެނގޭނެ ގޮތަށް އެމީހާ ހޯދުމަށް ރޭޑިއޯއިން ނުވަތަ ޓީވީއިނ ނުވަތް އެނޫންވެސް ޚަބަރު ފަތުރާ ވަޞީލަތަކުނ އިޢުލާން ކުރުމަށްފަހު، އިޢުލާނުގައިވާ ތާރީޚާއި ގަޑިއަށް ކޯޓަށް ހާޟިރުނުވެއްޖެނަމަ، ކޯޓަށް ޙާޟިރުވުމަށް އެންގުނީކަމަށް ބަލައި، ކޯޓަށް ހުށަހެޅިފައިވާ ހެއްކާއި ޤަރީނާގެ މައްޗަށް ރިޢާޔަތްކޮށް، އެމީހާގެ ޣައިރު ޙާޟިރުގައި ކޯޓުން ގޮތެއް ނިންމުމުގެ އިޙްތިޔާރު ކޯޓަށް ލިބިގެންވެއެވެ." މިފަދައިންނެވެ.
35އިސްތިއުނާފު ކުރެވިފައި މިވާ މައްސަލަ ތަކުގައި ސިވިލް ކޯޓުން ޢަމަލުކޮށްފައިވާ ގޮތަށް ބަލާއިރު އަންނނަ ވި ކަންކަން ފާހަގަކުރެވެއެވެ.
36ސިވިލް ކޯޓުގެ ނަންބަރު 1005/Cv-C/2015 ޤަޟިއްޔާ ޑިސްޕިއުޓް މަރުޙަލާގައި ކުރިއަށް ދިޔައިރު މައްސަލައިގެ އަޑުއެހުމެއް ބޭއްވުމަށްޓަކައި 32 ޖުލައި 3235 ދުވަހަށް ތާވަލުކޮށް ނަންބަރު B1-CR1/2015/1163 ކޯޓަށް ޙާޟިރުވުމުގެ އަމުރު އިސްތިއުނާފު ކުރާ ފަރާތއާ ޙަވާލުކުރުމަށް ފޮނުވާފައިވެއެވެ. ނަމަވެސް އެ އަމުރު އިސްތިއުނާފު ކުރާ ފަރާތަށް ޙަވާލު ކުރެވފައިނި ވެއެވެ. ބުނެވުނު އެގޮތުން އެ އަމުރުގެ ލިޔެފައިވަނީ "ރާއްޖެއިން ބޭރުގައި ދިރިއުޅެނީ" މިފަދައިނނެވެ. އަދި އ ލިޔު ންކޮޅު ކައިރީގައި އަޙްމަދު އިސްމާޢީލް ސޮއިކޮށްފައިވެއެވެ .
33. އޭގެ ފަހުން އެ މައްސަލަ ޝަރީޢަތް ކުރާ ސެކްޝަނަށް މައްސަލަ ފޮނުވައި، މައްސަލައިގެ އަޑުއެހުމެއް ބޭއްވުމަށްޓަކައި 32 އޮގަސްޓް 3235 ދުވަހަށް ތާވަލުކޮށް ނަންބަރު CR1/2015/1138-B3 ކޯޓަށް ޙާޟިރުވުމުގެ އަމުރު އިސްތިއުނާފު ކުރާ ފަރާތާއި ޙަވާލުކުރުމަށް ފޮނުވާފައިވެއެވެ. ނަމަވެސް އިސްތިއުނާފު ކުރާ ފަރާތާއި އެ އަމުރު ޙަވާލު ކުރެވިފައިނުވެއވެ. ބުނެވުނު ކޯޓަށް ޙާޟިރުވުމުގެ އަމުރު ޙަވާލުނުކުރެވުނު ސަބަބކަމަށު އެ އަމުރުގެ ވާތް ފަރާތުގެ މަތީ ކަނުގައި ލިޔެފައިވަނީ "މީނާ ރާއްޖެއަކު ނެތް. މެލޭޝިއާގައިވީ، އަންނާނެ ދުވަހެއް ނޭގޭ" މިފަދައިނނެވް . 8 ސިވިލް ކޯޓުގެ ނަންބަރު CR1/2015/1163-1B ކޯޓަށް މީހުން ހާޟިރުވުމުގެ އަމުރު
39އިސްތިއުނާފު ކުރެވިފައިވާ މައްސަލައިގެ "މައްސަލައިގެ ރިކޯޑު ޝީޓް" އަށް ބަލާއިރަ 32 އޮގަސްޓް 3235 ދުވަހު ތާރީޚުގައި މައްސަލައަށްވީގޮތް ކަމަށް ލިޔެފައިވަނީ ދިރިއުޅޭ އެޑްރެސް ނޭނގޭތީ ޗިޓު ރައްދުނުކުރެވޭ ކަމަށާއި، އިޢުލާން ކުރުމަށެވެ. އެގޮތުން 32 އޮގަސްޓް 3235 ދުވަހު ސިވިލް ކޯޓުގެ ނަންބަރު /45820151/-CR-B3-144 އިޢުލާންކޮށްފައިވެއެވެ. އެ އިޢުލާނުގައިވަނީ އަންނަވި ފަދައިންނެވެ. " […] / މާލެ. މުޙައްމަދު ނަޢީމްގެ މައްޗަށް މި ކޯޓުގެ ނަންބަރ 1005/Cv-C/2015 ޤަޟިއްޔާ އިން ހުށަހެޅިފައިވާ މައްސަލަ އާއި ގުޅިގެން […] / މާލެ، މުޙައްމަދު ނަޢިމ މިކޯޓަށް (ސިވިލް ކޯޓަށް) ޙާޟިރުކުރަން ބޭނުންވެ، ވަނީ ހާޟިރުނުވެފައެވެ. ވީމާ،33 އޮގަސްޓް 3235 ދުވަހުގެ 3:35 އަށް މިކޯޓަށް (ސިވިލް ކޯޓަށް) " […] / މާލެ. މުޙައްމަދު ނަޢީމް ޙާޟިރުވުމަށް އަންގަމެވެ. އަދި މި ތާރީޚަށް " […] / މާލެ. މުޙައްމަދު ނަޢީމް ޙާޟިރު ނުވެއްޖެނަމަ ޣައިރު ހާޟިރުގައި މިމައްސަލަ ހިންގައި ނިންމޭނެ ކަމުގައިވެސް އަންގަމެވެ."
33. ސިވިލް ކޯޓުގެ ނަންބަރު 1007/Cv-C/2015 ޤަޟިއްޔާ ޑިސްޕިއުޓް މަރުޙަލާގައި ކުރިއަށް ދިޔައިރު މައްސަލައިގެ އަޑުއެހުމެއް ބޭއްވުމަށްޓަކައި 31 ޖުލައި 3235 ދުވަހަށް ތާވަލުކޮށް ނަންބަރު B1-CR3/2015/931 ކޯޓަށް ޙާޟިރުވުމުގެ އަމުރު އިސްތިއުނާފު ކުރާ ފަރާތާއި ޙަވާލުކުރުމަށް ފޮނުވާފައިވެއެވެ. ނަމަވެސް އެ އަމުރު އިސްތިއުނާފު ކުރާ ފަރާތަށް ޙަވާލު ކުރެވިފައިނުވެއެވެ. ބުނެވުނު އެގޮތުން އެ އަމުރުގެ ލިޔެފައިވަނީ "މީނާ ރަށުގައި ނެތް ކަމަށް ބުނެ ޗިޓު ނެގެނީ ނެތްކަމަށް ބުނި. އަދި މިދުވަހަށް އަންނާނެ ކަމެއްވެސް ނެއިންގޭ ކަމަށް ބުނި. މަޢުލޫމާތު ދިނީ އަޙްމަދު އިސްމާޢީލް." މިފަދައިންނެވެ .
32. އޭގެ ފަހުން އެ މައްސަލަ ޝަރީޢަތް ކުރާ ސެކްޝަނަށް މައްސަލަ ފޮނުވައި، މައްސަލައިގެ އަޑުއެހުމެއް ބޭއްވުމަށްޓަކައި 33 އޮގަސްޓް 3235 ދުވަހަށް ތާވަލުކޮށް ނަންބަރު 1410/2015/2CR-B3 ކޯޓަށް ޙާޟިރުވުމުގެ އަމުރު އިސްތިއުނާފު ކުރާ ފަރާތާއި ޙަވާލުކުރުމަށް ފޮނުވާފައިވެއެވެ. ނަމަވެސް އިސްތިއުނާފު ކުރާ ފަރާތަށް ޙަވާލު ކުރެވިފައިނުވެއެވެ. ބުނެވުނު ކޯޓަށް ޙާޟިރުވުމުގެ އަމުރު ޙަވާލުނުކުރެވުނު ސަބަބކަމަށު އެ އަމުރުގެ ވާތް ފަރާތުގެ މަތީ ކަނުގައި ލިޔެފައިވަނީ "މީނާ ރަށުގައި ނެތް ކަމަށް ބުނެ ޗިޓު ނެގެން ނެތްކަމަށް ބުނި. މަޢުލޫމާތު ދިނީ މުޙައްމަދު" މިފަދައިންނެވެ .
33. އެއަށްފަހު 39 އޮގަސްޓް 3235 ދުވަހު ސިވިލް ކޯޓުގެ ނަންބަރު CR2/2015/492-B3-144 އިޢުލާނުން އިސްތިއުނާފު ކުރާ ފަރާތް ކޯޓަށް ހާޟިރުވުމަށް އަންގާފައިވެއެވެ. އެ އިޢުލާނުގައި ބަޔަންކޮށްފައިވަނީ އަންނަވި ފަދައިންނެވެ. "ހ. އޯލްވޭޒް ހެޕީހައުސް / މާލެ ޢަބްދެ ﷲ ޖަލީލުގެ ފަރާތުން […] / މާލެ މުޙައްމަދު ނަޢީމްގެ މައްޗަށް ހުށަހަޅާފައިވާ ސިވިލް ކޯޓުގެ ނަންބަރ 1007/Cv-C/2015 ޤަޟިއްޔާއާއި ގުޅިގެން، […] / މާލެ މުޙައްމަދު ނަޢީމް އަކީ ދަޢުވާ ލިބޭ ފަރާތުގެ ގޮތުގައި ސިވިލްކޯޓަށް ޙާޟިރުކުރުމަށް ބޭނުންވެ، އުޅޭ ވަކި އެޑްރެހެއް ނުއެނގުމުގެ ސަބަބުން ކޯޓަށް ޙާޟިރުކުރުމަށް ފޮނުވާ އަމުރު ރައްދުނުކުރެވިފައިވާ ފަރާތެކެވެ. ވީމާ، 33 އޮގސްޓަ 3235 ދުވަހުގެ 33:35އަށް މިކޯޓަށްމ. ވެލިދޫގެ / މާލެ. މުޙައްމަދު ނަޢީމް ޙާޟިރުވުމަށާއި، ޙާޟިރުނުވެއްޖެނަމެމ. ވެލިދޫގެ / މާލެ. މުޙައްމަދު ނަޢީމަ ގ ޣައިރު ހާޟިރުގެއ މިމައްސަލަ ހިންގައި ނިންމާނީ ކަމުގައް […] / މާލެ. މުޙައްމަދު ނަޢީމް އަށް އަންގަމެވެ."
33. ސިވިލް ކޯޓުގެ ނަންބަރު 1008/Cv-C/2015 ޤަޟިއްޔާ ޑިސްޕިއުޓް މަރުޙަލާގައި ކުރިއަށް ދިޔައިރު މައްސަލައިގެ އަޑުއެހުމެއް ބޭއްވުމަށްޓަކައި 26 އޮގަސްޓް 3235 ދުވަހަށް ތާވަލުކޮށް ނަންބަރ B1-CR1/2015/1262 ކޯޓަށް ޙާޟިރުވުމުގެ އަމުރު އިސްތިއުނާފު ކުރާ ފަރާތާއި ޙަވާލުކުރުމަށް ފޮނުވާފައިވެއެވެ. ނަމަވެސް އެ އަމުރު އިސްތިއުނާފު ކުރާ ފަރާތަށް ޙަވާލު ކުރެވިފައިނުވެއެވެ. ބުނެވުނު އެގޮތުން އެ އަމުރުގައި ލިޔެފައިވަނީ "މީނާ މާލެއަކު ނެތް. މެލޭޝިއާގައިވީ. އަންނާނެ ވަކި ދުވަހެއް ނޭނގޭ" މިފަދައިންނެވެ .
32. އޭގެ ފަހުން އެ މައްސަލަ ޝަރީޢަތް ކުރާ ސެކްޝަނަށް ފޮނުވައި، މައްސަލައިގެ އަޑުއެހުމެއް ބޭއްވުމަށްޓަކައި 31 އޮގަސްޓް 3235 ދުވަހަށް ތާވަލުކޮށް ނަންބަރު 5315/2015/3-CR-B3 ކޯޓަށް ޙާޟިރުވުމުގެ އަމުރު އިސްތިއުނާފު ކުރާ ފަރާތާއި ޙަވާލުކުރުމަށް ފޮނުވާފައިވެއެވެ. ނަމަވެސް އަމުރު އިސްތިއުނާފު ކުރާ ފަރާތަށް ޙަވާލު ކުރެވިފައިނުވެއވެ. ބުނެވުނު ކޯޓަށް ޙާޟިރުވުމުގެ އަމުރު ޙަވާލުނުކުރެވުނ ސަބަބު އެ އަމުރުގެ ވާތް ފަރާތުގެ މަތީ ކަނުގައި ލިޔެފައިވެއެވެ. އެގޮތުން ލިޔެފައިވަނީ "މ. ވެލިދޫ ގެއިން ޙަވާލެއްނުވި. ނަޢީމް ހުންނަނީ ރާއްޖެއިން ބޭރުގައި" މިފަދައިންނެވެ . އެއަށްފަހު އަނެއްކާވެސް މައްސަލައިގެ އަޑުއެހުމެއް ބޭއްވުމަށްޓަކައި 32 ސެޕްޓެންބަރު 3235 ދުވަހު ތާވަލުކޮށް ނަންބަރު 5431/2015/3-CR-B3 ކޯޓަށް ޙާޟިރުވުމުގެ އަމުރު އިސްތިއުނާފު ކުރާ ފަރާތާއި ޙަވާލުކުރުމަށް ފޮނުވާފައިވެއެވެ. ނަމަވެސް އެ އަމުރުވެސް ޙަވާލު ކުރެވިފައިނުވެއވެ. ސަބަބު ކަމަށް އަމުރު ވާތް ފަރާތުގެ މަތީ ކަނުގައި ލިޔެފައިވަނީ " މުޙައްމަދު ނަޢީމް ރާއްޖޭން ބޭރުގައިވީ އެތާކުން ޙަވާލެއް ނުވި. އަޙްމަދު" މިފަދައިންނެވެ . އެއަށްފަހު އަނެއްކާވެސް މައްސަލައިގެ އަޑުއެހުމެއް ބޭއްވުމަށްޓަކައި 36 ސެޕްޓެންބަރު 3235 ދުވަހު ތާވަލުކޮށް ނަންބަރު B3-CR-3/2015/5576 ކޯޓަށް ޙާޟިރުވުމުގެ އަމުރު އިސްތިއުނާފު ކުރާ ފަރާތާއި ޙަވާލުކުރުމަށް ފޮނުވާފައިވެއެވެ. ނަމަވެސް އެ އަމުރުވެސް ޙަވާލު ކުރެވިފައިނުވެއެ ވެ. ސަބަބު ކަމަށް އަމުރު ވާތް ފަރާތުގެ މަތީ ކަނުގައި ލިޔެފައިވަނީ " މުޙައްމަދު ނަޢީމް ރާއްޖެއިން ބޭރުގައި ހުންނަނީ ކިޔާފައި ޗިޓު ޙަވނުވި. އަޙްމަދު އިސްމާޢީލް ދީދީ ކިޔާމީހެއ މިހެން ބުނި" މިފަދައިންނެވެ . އެއަށްފަހު މައްސަލައިގެ އަޑުއެހުމެއް ބޭއްވުމަށްޓަކައި 39 އޮކްޓޫބަރު 3235 ދުވަހު ތާވަލުކޮށް ނަންބަރު 5786/2015/3-CR-B3 ކޯޓަށް ޙާޟިރުވުމުގެ އަމުރު އިސްތިއުނާފު ކުރާ ފަރާތާއި ޙަވާލުކުރުމަށް ފޮނުވާފައިވެއެވެ. ނަމަވެސް އެ އަމުރުވެސް ޙަވާލު ކުރެވިފައިނުވެއެ ވެ. ސަބަބު ކަމަށް އަމުރު ވާތް ފަރާތުގެ މަތީ ކަނުގައި ލިޔެފައިވަނީ "ރާއްޖެއިން ބޭރުގައި ދިރިއުޅެނީ. އަޙްމަދު އިސްމާޢީލް." މިފަދައިންނެވެ .
31. އެއަށްފަހު 35 އޮކްޓބަރޫ 3235 ދުވަހު ސިވިލް ކޯޓުގެ ނަންބަރު 687/2015/3-CR-B3-144 އިޢުލާނުން އިސްތިއުނާފު ކުރާ ފަރާތް ކޯޓަށް ހާޟިރުވުމަށް އަންގާފައިވެއެވެ. އެ އިޢުލާނުގައި ބަޔާންކޮށްފައިވަނީ އަންނަވި ފަދައިންނެވެ. "ފައިސާ ހޯދުމަށް ހުށަހަޅާފައިވާ ސިވިލް ކޯޓުގެ ނަންބަރ 5C/201-1008/Cv ޤަޟިއްޔާއާއި ގުޅިގެން […] / މާލެ. މުޙައްމަދު ނަޢީމްއަކީ ދަޢުވާލިބޭ މީހެއްގެ ގޮތުގައި ސިވިލްކޯޓަށް ހާޟިރުކުރުމަށް ބޭނުންވެ، ޙާޟިރުކުރުމަށް ފޮނުއްވި އަމުރާ ރައްދުނުކުރެވިފައިވާ މީހެކެވެ. 16 ސިވިލް ކޯޓުގެ ނަންބަރު CR3/2015/5786-B3 ކޯޓަށް މީހުން ހާޟިރުވުމުގެ އަމުރު ވީމާ، 33 އޮކްޓޫބަރު 3235 ވަނަ ދުވަހުގެ 23:22 އަށް ސިވިލްކޯޓަށް ހާޟިރުވުމަށާއ ހާޟިރުނުވެއްޖެނަމަ، […] / މާލެ. މުޙައްމަދު ނަޢީމަ ގ ޣައިރު ހާޟިރުގެއި މިމައްސަލަ ހިންގައި ނިންމާނީ ކަމުގައް […] / މާލެ. މުޙައްމަދު ނަޢީމް އަށް އަންގަމެވެ." ކޯޓަށް މީހުން ހާޟިރުކުރުމުގައި ޢަމަލކު ރާނާ ގޮތުގެ ގަވާއިދު ތޠުބީޤުކުރުނަ
35. އިސްވެ ފާހަގަކުރެވުނު ކަނކް ނ އެގޮތުގެ މަތިން ހުރުމުން ސިވިލް ކޯޓުގެ ނަންބަރު 1005/Cv-C/2015، 1007/Cv-C/2015، 1008/Cv-C/2015 ޤަޟިއްޔާ ތަކުގައި ކޯޓަށް މީހުން ހާޟިރުކުރުމގައު ޢަމަލުކުރާނެ ގޮތުގެ ގަވާއިދުގެ 32 ވަނަ މާއްދާގައި ބުނެފައިވާ ގޮތުގެ މަތިން ކޯޓަށް ހާޟިރުވުމުގެ އަމުރު ރައްދުކުރުމުގައި ޢަމަލުކޮށްފައިވާކަން އެނގެއެވެ. އެގޮތުން އެކި ފަހަރު މަތިން އަމުރު ރައްދުކުރުމަށް މުޙައްމަދު ނަޢީމްގެ އެޑްރެސް ކަމުގައިވާ މާލެ ސިވިލް ކޯޓުން އެކަށީގެންވާ ވަރަށް މަސައްކަތް ކުރި ކަން އެނގެއެވެ. އެހެންނަމަވެސް ކޮންމެ ފަހަރަކުވެސް އެ ގެއިން ކޯޓަށް ހާޟިރުވުމުގެ އަމުރާ ޙަވާލުނުވެ ބުނެފައިވަނީ އޭނާ ރާއްޖޭ ބޭރުގައި ދިރިއުޅޭ ކަމަށެވެ. އެހެންކަމުން މި ޙާލަތުގައި އޭނާގެ އެޑްރެސް ސާފުނުވާ ކަމަށް ބަލައި ދެން ޢަމަލު ކުރަންޖެހޭނީ ކޯޓަށް މީހުން ހާޟިރުކުރުމުގައި ޢަމަލުކުރާނީ ގޮތުގެ ގަވާއިދުގެ 39 ވަނަ މާއްދާއާ އެއްގޮތަށް ކަމުގައި އަހުރެން ދެކެމެވެ.
36. ކޯޓަށް މީހުން ހާޟިރުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ގަވާއިދުގެ 39 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަންކަން މިރިޕޯޓުގެ 35 ވަނަ ޕްރެގްރާފުގައ އެވަނީއެވެ. އެފަދައިން މި މައްސަލަތަކުގައި ޢަމަލުކޮށްފައިވޭތީ ބަލާއިރު ސިވިލް ކޯޓުގެ ނަންބަރ 1005/Cv-C/2015، 1007/Cv-C/2015، 1008/Cv-C/2015، މި ތިން ޤަޟިއްޔާގައިވެސް އެ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން ޢަމަލުކޮށްފައިވާކަން އެނގެން އޮވެއެވެ.
33. އެހެންކަމުން، ސިވިލް ކޯޓުގެ ނަންބަރު 1005/Cv-C/2015، 1007/Cv-C/2015، 1008/Cv-C/2015 ޤަޟިއްޔާ ތަކުގައި މުޙައްމަދު ނަޢީމްގެ ޣައިރު ޙާޟިރުގައި އެ މައްސަލަތައް ހިންގައި އަދި ނިންމާފައިވަނީ ކޯޓަށް މީހުން ހާޟިރުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ގަވާއިދުގެ 39 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން، ކޯޓަށް ހާޟިރުވާންޖެހޭ މީހާ އުޅޭތަނެއްނޭނގޭނަމަ، އެމީހާގެ ޣައިރު ޙާޟިރުގައި މައްސަލަ ހިންގޭނެކަމަށް އިޢުލާނުކުރުމުގެ އިޖުރާއަތު ފުރިހަމަކުރުމަށްފަހުގައ ކަމުގައި ބަލަންޖެހެއެވެ. ޣައިރު ޙާޟިރުގައި ނިންމާ މައްސަލަތަކުގައި ހައިކޯޓުން ޢަމަލުކުރަންވީ އިޖުރާއަތު
39. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އެޓޯލް ބެންޑް ޕްރައިވެޓް ލިމިޓެޑް ވ. މޫސާ ޢަބްދުއްރަޙީމް ގަޟިއްޔާގައި ޣައިރު ޙާޟިރުގައި ހިންގާ މައްސަލަތަކާމެދު ކޯޓުތަކުން އަމަލުކުރަންޖެހޭ އިޖުރާއަތު ކަނޑައަޅާފައިވެއެވެ. އެ ގޮތުން އެ ގަޟިއްޔާގެ 33 ވަނަ ޕެރެގްރާފުގައި ފަނޑިޔާރު ހުސްނުއްސުޢޫދުގެ ރައުޔުގައި ބަޔާންކޮށްފައިވަނީ އަންނަވި ފަދައިންނެވެ. "....... ޣައިރު ހާޒިރުގައި ނިންމާ މަދަނީ މައްސަލައެއް ހައިކޯޓުގައި އިސްތިއުނާފު ކުރެވިއްޖެނަމަ އަންނަނިވި ހާލަތްތަކުން ކުރެ ހާލަތެއް އޮތްނަމަ ޣައިރު ހާޒިރުގައި ކޮށްފައިވާ ހުކުމް ޝަރުތުތަކާއެކު ނުވަތަ ޝަރުތުތަކާ ނުލައި އެއް ފަރާތްކޮށް، އެ މައްސަލައެއް އަލުން ދަށު ކޯޓުން ބެލުމަށް އެ މައްސަލައެއް ދަށު ކޯޓަށް ތަހުވީލުކުރަންވާނެއެވެ. އެ ހާލަތުތަކަކީ:
(ހ) ޣައިރު ހާޒިރުގައި ހުކުމްކުރުމުގައި އިޖުރާއީ އުނިކަމެއް ނުވަތަ އައިބެއް އޮތުން.
(ށ) ޣައިރު ހާޒިރުގައި ހުކުމްކުރުމުގައި އިޖުރާއީ އުނިކަމެއް ނުވަތަ އައިބެއް ނެތް ނަމަވެސް، އެ މައްސަލައަކީ ދައުވާލިބޭ ފަރާތަށް ކާމިޔާބުކުރުމުގެ އެކަށީގެންވާ ފުރުސަތެއް އޮތް އަދި އެކަށީގެންވާ ދިފާއެއ އޮތް މައްސަލައެއް ކަމަށް ހައިކޯޓަށް ފެނުން.
33. ހަމައެއާއެކު ސުޕްރީމް ކޯޓުގެ ގަލްފް ކްރާފްޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ވ. އަކުއާ ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާގައި، ދަށު މަރުޙަލާއިންވެސ ދަޢުވް ރައްދުވާ ފަރާތުގާ ޣައިރު ހާޒިރުގައި ޝަރީޢަތްކުރާނަމަ، އެންމެ ކުޑަމިނުން ހުށަހެޅިފައި އޮތް ދަޢުވާ ސާބިތުވާކަން ނުވަތަ ނޫންކަން، ސާބިތުވާނަމަ ހުރި ހެކި، އަދި އެ ހެކި ވަޒަންކުރި ގޮތާއި ދިން ބުރަދަން ބަޔާންކުރުމަކީ، މައްސަލައިގައި ހިމެނޭ ދެ ފަރާތުގެވެސ ޙައްޤެއްކަމަށް ބަޔާންކޮށްފައިވެއެވެ. އަދި ކޯޓަށް ހާޒިރުވުމުގެ އަމުރު ރައްދުކުރެވިފައިވާ ހާލަތްތަކުގައި، ދަޢުވާ ލިބޭ ފަރާތުން ޝަރީޢަތަށް ހާޒިރުނުވުމަކީ، އޭނާގެ ފަރާތުން ދިފާޢުވުމަށް އޮތް ފުރުޞަތު އަމިއްލައަށް ދޫކޮށްލުންކަމަށާއި، ނަމަވެސް، މި ޢަމަލަކީ އެއްވެސް ހާލެއްގައި ކަމުގެ ޙަޤީޤަތް ކަށަވަރުނުކޮށް ޙުކުމް ކުރުމަށް ހުޅުވާލެވިގެންދާ ދޮރެއް ކަމުގައި ބަލައިގެން ނުވާނެކަމަށް ބަޔާންކޮށްފައިވެއެވެ.
22. އަދި މުޙައްމަދު ޝަރީފް ވ. ފަރުޙަތު ޢަލީ ޤަޟިއްޔާގައި، ދަޢުވާ ރައްދުވާ ފަރާތުގެ ޣައިރު ހާޒިރުގައި ޙުކުމްކުރުމުގެ ބާރު ފަނޑިޔާރަށް ލިބުނު ނަމަވެސް، އެފަދަ މައްސަލަތަކުގައިވެސް ފަނޑިޔާރު ޢަމަލުކުރަންޖެހޭނީ، ދެފަރާތުގެ ޙައްޤުތައް ކަށަވަރުވާގޮތުގެ މަތިންނެވެ. މައްސަލައިގައި ހުށަހެޅުނު ހެކި ވަޒަންކުރި ގޮތާއި، ހެކިތަކަށް ބުރަދަންދެވުނު ގޮތާއި މައްސަލައިގެ ނަތީޖާއަށް ވާސިލުވިގޮތް ފަނޑިޔާރު ބަޔާންކުރަންޖެހެއެވެ. މިކަންކަން ބަޔާންކޮށްފައި ނެތްނަމަ، އެއީ ސައްޙަ އިޖުރާއަތެއްގެ ތެރެއިން ބަލައިފައިވާ މައްސަލައެއްނޫންކަމަށް ބަޔާންކޮށްފައިވެއެވެ.
23. މި އުސޫލުތައް މި މައްސަލައަށް ތޠަ ބީޤުކުރާއިރު، ހުށަހެޅިފައިވާ މައްސަލަތަކަކީ ޗެކުން ލިބެންޖެހޭ ފައިސާ ހޯދުމަށް އެދި ހުށަހެޅި މައްސަލައެއްކަން މައްސަލައިގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުތަކަށް ބެލުމުން އެނގެންއޮވެއެވެ. އެގޮތުން ސިވިލް ކޯޓުގެ ނަންބަރު 1005/Cv-C/2015، 1007/Cv-C/2015، 1008/Cv-C/2015، މި ތިން ޤަޟިއްޔާއިން ޖުމްލަ US$ 415,000 (ހަތަރުލައްކަ ފަނަރަހާސް ޑޮލަރު) ހޯދުމަށް އެދިފައިވެއެވެ. ސިވިލް ކޯޓުގެ ނަންބަރު 1005/Cv-C/2015، 1007/Cv-C/2015، 1008/Cv-C/2015، މި ތިން ޤަޟިއްޔާގެ ޙުކުމަށް ބަލާއިރު އެ ޤަޟިއްޔާތައް ނިންމާފައިވަނީ އިސްތިއުނާފު ރައްދުވާ ފަރާތުން ހުށަހެޅި ޗެކަކަށް ރިޢާޔަތްކޮށްކަން އެނގެންއޮވެއެވެ .
23. ބުނެވުނު ޗެކަކީ "ނަޢީމް އެންޑް ސަންސް ޓްރޭޑިންގ ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑް" ގެ ނަމުގައި ސްޓޭޓް ބޭންކް އޮފް އިންޑިއާގައި ހުޅުވާފައި އޮންނަ ނަންބަރު 09330035277 އެކައުންޓުން ދޫކޮށްފައިވާ ޗެކެއްކަން އެ ޗެކަށް ބެލުމުން އެނގެއެވެ.
22. މުޙައްމަދު ނަޢީމްގެ ފަރާތުން އިސްތިއުނާފީ މަރުޙަލާގައި ފާހަގަކުރާ ކަމަކީ ޤާނޫނު ނަންބަރު 10/96 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު) ގެ 35 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުން ކުންފުންޏަކީ ވަކި ޤާނޫނީ ޝަޚްސެއް ކަމަށާއި، ޗެކުން ލިބެންޖެހޭ ފައިސާ އާއި ގުޅިގެން މަދަނީ ދަޢުވާއެއް ކުރަންޖެހޭނީ އެ ޗެކް އިޝޫކުރި ފަރާތެއްގެ މައްޗަށްކަމަށާއި އިސްތިއުނާފުކުރެވިފައިވާ މައްސަލަތަކުގައި ސާބިތުކުރުމަށް ހުށަހެޅި ހެކިތަކުގެ މައްޗަށް ބަލާއިރު، ޗެކުގެ އިތުރަށް ދެން ހުށަހަޅާފައިވަނީ ޗެކް ބައުންސްވެގެން ފޮނުވާފައިވާ ކަމަށް ބުނާ ސިޓީ އަކާއި، ފައިސާ ހަވާލުކުރި ކަމުގެ ލިޔުމެއްކަމަށެވެ. ނަމަވެސް މުޙައްމަދު ނަޢީމްއަށް ޢަބްދުﷲ ޖަލީލް ފައިސާ ދީފައިވާކަން އެނގޭނެ އެކަށީގެންވާ ހެއްކެއް ހުށަހަޅާފައިނުވާކަމަށެވެ.
21. މުޙައްމަދު ނަޢީމްގެ ފަރާތުން ހުށަހެޅި ކަންކަމަށާއި، ހުށަހެޅިފައިވާ އިސްތިއުނާފީ ނުކުތާތަކަށް ބަލާއިރު މުޙައްމަދު ނަޢީމްގެ ފަރާތުން ހުށަހެޅި ދިފާޢަކީ އެއާމެދު ދަށުކޯޓުގައި ބަހުސްކުރެވި ގޮތެއް ކަނޑައަޅަންޖެހޭ ކަމެއްކަމުގައި އަހުރެން ދެކޭތީ ސިވިލް ކޯޓުގެ ނަންބަރު 1005/Cv-C/2015، 1007/Cv-C/2015، ސިވިލް ކޯޓުގެ ނަންބަރު 1005/Cv-C/2015، 1007/Cv-C/2015، 1008/Cv-C/2015 ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓު 1008/Cv-C/2015 މި ޤަޟިއްޔާ ތަކަކީ އަލުން ސިވިލް ކޯޓުން ބަލަންޖެހޭ މައްސަލައެއްކަމުގައި އަހުރެން ދެކެމެވެ. ފަނޑިޔާރު ފާޠިމަތު ފަރްހީޒާ ރައުޔު:
25. ފަނޑިޔާރު މުޙައްމަދު ފައިޞަލް ރައުޔަށް އަހުރެން ތާއީދުކުރަމެވެ. ފަނޑިޔާރު ޙަސަން ޝަފީޢުގެ ރައުޔު:
26. ފަނޑިޔާރު މުޙައްމަދު ފައިޞަލް ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
އިސްތިއުނާފުކުރުމުގެ އިޖުރާއަތު ބަޔާންކޮށްދިނުން
23. މި ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި ޙުކުމްކުރުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ޤަޟިއްޔާ އިސްތިއުނާފުކުރުމުގެ ޙައްޤު މައްސަލައިގެ ޚަސްމުންނަށް ލިބިގެންވެއެވެ. އާންމު އުޞޫލެއްގެ ގޮތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް މައްސަލަ އިސްތިއުނާފުކުރުމަށް ހުށަހެޅޭނީ ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމުން ނިންމާތާ 22 (ތިރީސް) ދުވަހުގެ ތެރޭގައެވެ. މި މުއްދަތުގެ ތެރޭގައި ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ޙަވާލުކޮށްފައިނުވާނަމަ، އިސްތިއުނާފުކުރުމުގެ މުއްދަތު ގުނަން ފަށާނީ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު މިކަމުގައި ދެވޭ އިސްތިސްނާ މަދަނީ އިޖުރާއަތުގެ ޤާނޫނު (ޤާނޫނު ނަންބަރު 3233/23)ގެ 391 ވަނަ މާއްދާގެ (ރ) ގައި ބަޔާންކުރެއެވެ. މަދަނީ އިޖުރާއަތުގެ ޤާނޫނު (ޤާނޫނު ނަންބަރު 3233/23)ގެ 391 ވަނަ މާއްދާގެ (ހ)
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ކޯޓަށް މީހުން ޙާޟިރުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާޢިދުގެ 10 ވަނަ މާއްދާ (ޙާޟިރުވުމުގެ އަމުރު ރައްދުކުރުން)
- ކޯޓަށް މީހުން ޙާޟިރުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާޢިދުގެ 18 ވަނަ މާއްދާ (ދަޢުވާލިބޭ ފަރާތް ހާޟިރުނުވުން / ޣައިރު ޙާޟިރުގައި މައްސަލަ ހިންގުން)
- ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ހ) އަދި (ށ) (އިސްތިއުނާފީ ނުކުތާގައި)
- ޤާނޫނު ނަންބަރު 10/96 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު) (އިސްތިއުނާފުކުރާ ފަރާތުގެ ދިފާޢުގައި)
- ހައިކޯޓުގެ "މައްސަލަ ބަލާ ފަނޑިޔާރުންގެ މަޖިލިސް އެއްގޮތް ކުރުމާބެހޭ އުޞޫލު"
- ސުޕްރީމް ކޯޓުގެ ނަންބަރު 2018/SC-A/31 (އަޙްމަދު ޝިޔާޛް އަދި އިތުރު ފަރާތްތައް ވ. ފުރަނަ ހޯލްޑިންގްސް ޕ.ލ) — މައްސަލަތައް ގުޅުވައިގެން ބެލުން
- ސުޕްރީމް ކޯޓުގެ ނަންބަރު 2021/SC-A/02 (އެޓޯލް ބެންޑް ޕ.ލ ވ. މޫސާ ޢަބްދުއްރަޙީމް)
- ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/08 (ގަލްފް ކްރާފްޓް މޯލްޑިވްސް ޕ.ލ ވ. އަކުއާ ސަން މޯލްޑިވްސް ޕ.ލ)
- ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-A/107 (މުޙައްމަދު ޝަރީފް ވ. ފަރުޙަތު ޢަލީ)
ޝަރީޢަތުގެ ވީޑިއޯ
ހައިކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.