ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
2022/HC-A/212

ލޯކަލް ގަވަރމެންޓް އޮތޯރިޓީ ވ. އަފާމީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި
ސުޕްރީމް ކޯޓުގައި އިސްތިއުނާފު ބަލަމުންޙުކުމުގެ ހާލަތު
ހައިކޯޓު · 17 ނޮވެމްބަރު 2024ދަށު ކޯޓު: ސިވިލް ކޯޓު 370/Cv-C/2021ބާވަތް: މަދަނީ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
ސިވިލް ކޯޓު 370/Cv-C/2021
ފަހުގެ ތާރީޚު
ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް

ކޯ ޓާމްސް

ޚުލާޞާ

ކޯޓުން ނިންމަން ޖެހުނު ސުވާލު
ބިނާކުރުމުގެ އެއްބަސްވުމެއްގެ މަސައްކަތް ރަށުގެ ރައްޔިތުން ހުއްޓުވުމާ ގުޅިގެން ދައުލަތުން މަސައްކަތް ހުއްޓުވުމުން ކޮންޓްރެކްޓަރަށް ލިބުނު ގެއްލުމުގެ ބަދަލު ސިވިލް ކޯޓުން ނަގައިދީފައިވަނީ ގެއްލުމުގެ ބަދަލު ހިސާބުކުރުމާއި ގެއްލުން ކުޑަކުރުމާ ގުޅޭ ސުޕްރީމް ކޯޓުގެ އުޞޫލުތަކާއި ސާބިތުކުރުމުގެ ބުރައާ ގުޅޭ އުޞޫލާ ޚިލާފަށްތޯ؛ އަދި ކޮންޓްރެކްޓަރު އަމިއްލައަށް ތައްޔާރުކުރި ކަމަށް ބުނާ ލޮގްފޮތާއި ލިޔުންތަކަށް ބިނާކޮށް ބަދަލު ނަގައިދެވިދާނެތޯ.

ނިންމުން

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި

އިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ޙުކުމް ޤާއިމް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

HN1 ދަޢުވާ ސާބިތުކުރުމުގެ ބުރައަކީ އާންމު އުޞޫލުން ދަޢުވާކުރާ ފަރާތުގެ ޒިންމާއެވެ. ދަފްޢު ސާބިތުކުރުމުގެ ބުރަ އޮންނާނީ ދަފްޢު ކުރިމަތިކުރި ފަރާތުގެ މައްޗަށެވެ. ގެއްލުމުގެ ބަދަލު ނަގައިދެވޭނީ ގެއްލުން ސާބިތުކޮށްދެވިގެންނެވެ.

HN2 ޚަރަދުކުރިކަން ސާބިތުވާ ފައިސާއާއި ސާބިތުކޮށްދެވޭ ގެއްލުމުގެ ބަދަލު ނަގައިދީ، ޚަރަދުކުރިކަން ނޭނގޭ އިންވޮއިސްތަކާއި، އެއްބަސްވުމުގެ ޝަރުޠުތަކަށް ނުވާ ޖުރުމާނާއާއި، މިންވަރު ސާފުނުކުރެވޭ ލިބެން އޮތް ފައިދާއާއި، އެއްބަސްވުމެއް ނެތް ވަކީލުގެ ފީ ނަގައިނުދީ، ހެކި ވަޒަންކޮށް ގެއްލުމުގެ ބަދަލު ކަނޑައަޅާފައިވާނަމަ، އެއީ ގެއްލުން ސާބިތުކުރުމާ ގުޅޭ ސުޕްރީމް ކޯޓުގެ ކަނޑައެޅުންތަކާ ޚިލާފުވުމެއް ނޫނެވެ.

HN3 ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގައި ރަށުގެ ތަރައްޤީއާ ގުޅޭ ކަންކަމުގައި ރައްޔިތުންގެ މަޝްވަރާ ހޯދުން ލާޒިމްކޮށްފައިވާއިރު، ދައުލަތުން އެކަން އުޞޫލުން ނުކުރުމުގެ ނަތީޖާއެއްގެ ގޮތުން ރައްޔިތުންގެ ހިތްހަމަނުޖެހުން ކުރިމަތިވެ ކޮންޓްރެކްޓަރަށް ގެއްލުން ލިބުނު ހާލަތެއްގައި، ކޮންޓްރެކްޓަރުގެ އިހުމާލެއް ނެތްނަމަ، އެ ގެއްލުމަކީ ދައުލަތުން ޒިންމާވާން ނުޖެހޭ ކަމެއް ކަމަށް ބުނުމަށް ޤާނޫނީ ސަބަބެއް ބަޔާންކުރަން ޖެހެއެވެ؛ އެފަދަ ސަބަބެއް ދައްކާފައިނުވާތީ ދައުލަތުގެ އެ ދަފްޢު ޤަބޫލު ނުކުރެވެއެވެ.

HN4 މަސައްކަތުގެ ސައިޓް ލޮގްފޮތުގައި ސޮއިކުރުމުގެ ޒިންމާ އެއްބަސްވުމުން މަސައްކަތުގެ ވެރިފަރާތަށް ނުވަތަ އެ ފަރާތުން ކަނޑައަޅާ ފަރާތަށް ލާޒިމްކޮށްފައިވާއިރު، ލާމަރުކަޒީ ޤާނޫނުގެ ދަށުން ރަށުގެ ކަންކަން ބަލަހައްޓާ ރަށު ކައުންސިލުން ސޮއިކޮށް ތައްގަނޑު ޖަހާފައިވާ ލޮގްފޮތުގެ ޞަފްޙާތަކަކީ ހަމައެކަނި ދަޢުވާކުރާ ފަރާތުން އަމިއްލައަށް ތައްޔާރުކުރި ލިޔުންތަކެއް ކަމުގައި ނުބެލެވޭނެއެވެ؛ އެ ލިޔުންތަކަށް ބުރަދަން ނުދެވޭނެ ޤާނޫނީ ސަބަބެއް ބަޔާންނުކުރެވޭނަމަ އެ ލިޔުންތަކަށް ބިނާކުރުމަކީ ޚިލާފެއް ނޫނެވެ.

ވަކީލުންނާއި ފަނޑިޔާރުން

ވަކީލުން
—
ބެންޗު
ފަނޑިޔާރު ޙުސައިން މަޒީދު، ފަނޑިޔާރު މުޙައްމަދު ނިޔާޒް، ފަނޑިޔާރު ޙަސަން ޝަފީޢު
ރިޔާސަތު
—
ރައުޔު ލިޔުނު ފަނޑިޔާރު
ފަނޑިޔާރު ޙުސައިން މަޒީދު · ތާއީދުކުރެއްވީ: ފަނޑިޔާރު މުޙައްމަދު ނިޔާޒް، ފަނޑިޔާރު ޙަސަން ޝަފީޢު
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.

1މިއީ ސިވލ ކޯޓުގް ނަންބަރު 370/Cv-C/2021 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް އެދި ލޯކަލް ގަވަރމަންޓް އޮތޯރިޓީ )ދިވެހި ދައުލަތް( ގ ފަރާތުން ދެވެހިރާއްޖޭގެ ހައިކޯޓަށި ހުށަހެޅުމުން ބެލި ޤަޟިއްޔާއީވެ. މިޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ އަފާމީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް )މީގެ ފަހުން "އަފާމީ މޯލްޑިވްސް" ކަމަށް ބަޔާންކުރެވިފައި( އެވެ.

މައްސަލައިގެ ފަސްފަހަތް

2ކޮޅުމަޑުލު މަޑިފުށީ ކައުންސިލް އިދާރާގެ އައު އިމާރާތުގެ މަސައްކަތްކުރުމަށް އަފާމީ މޯލްޑިވްސ އާ ޙަވާލުކުރުމަށް އަފާމީ މޯލްޑިވްސް އާއި ލޯކަލް ގަވަރމަންޓް އޮތޯރިޓީ އާދެމެދ 18 ނޮވެންބަރު 2019 ގައި ލިޔުމުންއް އްބަސްވެ މއ ވެފައިވެއެވެ.

3އެއްބަސްވުމުގެ ދަށުން، މަސައްކަތްކުރުމަށްޓަކައި ލޯކަލް ގަވަރމަންޓް އޮތޯރިޓީން އަފާމީ މޯލްޑިވްސްއާ ޙަވާލުކުރަންޖެހޭ ބިން )ސައިޓް( 22 ނޮވެންބަރު 2019 ގައި އަފާމީ މޯލްޑިވްސްއާ، ޙަވާލުކޮށްފައިވެއެވެ.

4މި އެއްބަސްވުމާ އެއްގޮތަށް މަސައްކަތް ފަށައިގެން ކުރިއަށް ދަނިކޮށް، 29 ނޮވެންބަރު 2019 ދުވަހު ރަށުގެ ރައްޔިތުންގެ ތެރެއިން ބަޔަކު ނުކުމެ މަސައްކަތް ހުއްޓުވާފައި ވީނަމަވެސް، ކޮޅުމަޑުލު މަޑިފުށީ ކައުންސިލްގެ އިދާރާއިން 01 ޑިސެންބަރު 2019 ދުވަހު އެންގި އެންގުމާ އެއްގޮތަށް މަސައްކަތް ފަށައިގެން . ރަޖިސްޓްރީ ނަންބަރު 501/2005-C . ކޮޅުމަޑުލު މަޑިފުށީ ކައުންސިލްގެ އިދާރާ ކުރިއަށްދަނިކޮށް، 13 ޑިސެންބަރު 2019 ގައި އަނެއްކާވެސް ރައްޔިތުން ނުކުމެ މަސައްކަތް ހުއްޓުވާ ތަކެއްޗަށް ގެއްލުންދީފައިވާކަމަށް އަފާމީ މޯލްޑިވްސް އިން ފާހަގަކުރެއެވެ.

5އެއަށްފަހު 14 ޑިސެންބަރު 2019 ދުވަހު ލޯކަލް ގަވަރމަންޓް އޮތޯރިޓީން އަންގައިގެންއަފާމީ މޯލްޑިވްސް އިނ މަސައްކަތް ވަގުތީގޮތުން ހުއްޓާލާފައވެއެވެ.

6މަސައްކަތް ހުއްޓާލުމުގެ ސަބަބުން ލިބެމުންދާ ގެއްލުންތައް ބަޔާންކޮށް، ގެއްލުމުގިބަދަލަށް އެދުމާއެކު، މަސައްކަތް ކުރެވޭނެ ގޮތެއް ހަމަޖައްސައިދިނުނ އެދް އަފާމީ މޯލްޑިވްސްގެ ފަރާތުންލޯކަލް ގަވަރމަންޓް އޮތޯރިޓީ އަށް 26 ޖަނަވަރީ 2020 ދުވަހުގެ ސިޓީ ހުށަހަޅާފައިވެއެވެ.

7އޭގެ ފަހުން، މަސައްކަތްކުރުމަށްޓަކައި އެހެން ބިމެއް )ސައިޓެއް( ހަމަޖައްސައިދީފައިވާނެކަމަށާއި ރަށު ކައުންސިލުން އަންގާ ގޮތެއްގެ މަތިން މަސައްކަތް ކުރިއަށް ގެންދިއުމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ފަރާތުން އަފާމީ މޯލްޑިވްސް އަށް 10 އެޕްރީލް 2020 ދުވަހުގެ ސިޓީން އެންގިއެވެ.

8މި ސިޓީއާ ގުޅިގެން އަފާމީ މޯލްޑިވްސްގެ ފަރާތުން ފޮނުވި ޖަވާބުގެ ސިޓީގައި ބަޔާންކޮށްފައިވަނީ މަސައްކަތް ފެށޭނީ އެހާތަނަށް ލިބުނު ގެއްލުމުގެ ބަދަލު ދިނުމުން ކަމަށެވެ. އަދި އަލަށް ހަމަޖެހުނު ބިމުގައި ރުށްގަސ ހުރުމުން އެތަކެއްޗަށް ބަދަލުދީ ސައިޓު ހަވާލުކުރެވނެ ދުވަހެއް އަންގާނެ ކަމަށް ރަށު ކައުންސިލުގެ ރައީސް މައުލޫމާތު ދިން ކަމަށެވެ. . ލޯކަލް ގަވަރމަންޓް އޮތޯރިޓީން އަފާމީ މޯލްޑިވްސް އަށް ފޮނުވާފައިވާ ނަންބަރު 384/2019/8/CDP-221 )14 ޑިސެންބަރު 2019( ސިޓީ . އަފާމީ މޯލްޑިވްސްގެ ފަރާތުން ލޯކަލް ގަވަރމަންޓް އޮތޯރިޓީ އަށް ފޮނުވާފައިވާ ނަންބަރު AFAMI/2020/006) 26 ޖަނަވަރީ 2020( . ލޯކަލް ގަވަރމަންޓް އޮތޯރިޓީން އަފާމީ މޯލްޑިވްސް އަށް ފޮނުވާފައިވާ ނަންބަރު CDP/PRIV/2020/10-221) 10 އެޕްރީލް 2020( ސިޓީ . އަފާމީ މޯލްޑިވްސްގެ ފަރާތުން ލޯކަލް ގަވަރމަންޓް އޮތޯރިޓީ އަށް ފޮނުވާފައިވާ ނަންބަރު 48/AM/2020) 18 މޭ 2020( ސިޓީ

9މަސައްކަތްކުރުމަށް ހަމަޖެއްސި އާ ބިމާ ގުޅިގެން ރްށަ ކައުންސިލުން އަފާމީ މޯލްޑިވްސް އަށް އަންގާފައިވަނީ އެ ބިމަކީ ރަށު ކައުންސިލާއި، ރަށު ރައްޔިތުންނާ މަޝްވަރާކުރެވިގެނ ކަނޑައެޅުން ބިމެއް ނޫން ކަމަށާއި، އެކަމަށް ހައްލު ހޯދުމަށްޓަކައި ލޯކަލް ގަވަރމަންޓް އޮތޯރިޓީގައި އެދިގެން މަސައްކަތްކުރަމުނ ދާކަމަށެވެ.އަދި ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ޖަވާބެއް ލިބުމުން އަފާމީ މޯލްޑިވްސް އަށް އެކަން އަންގާނެ ކަމަށެވެ.

10ރަށު ކައުންސިލުގެ މި އެންގމާގުޅިގެން،މަސައްކަތް ފެށޭންދުވަހެއް އަންގާދިނުން އެދި އަނެއްކާވެސް އަފާމީ މޯލްޑިވްސްގެ ފަރާތުން ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް ސިޓީ ހުށަހެޅިއެވެ.

11ހަމައެހެންމެ ކުރެވުނު ޚަރަދާއި ގެއްލުމުގެ ތަފްޞީލު އިތުރަށްސާފުވާނެހެން ފޮނުވާދިނުމަށ ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ފަރާތުނ 22 ސެޕްޓެންބަރު 2020 ދުވަހު އެންގުމުން އެ ތަފްސީލުތައް އަފާމީ މޯލްޑިވްސްގެ ފަރާތުން ފޮނުވިއެވެ.

12ބަދަލު ހޯދުން އެދި އަފާމީ މޯލްޑިވްސްގެ ފަރާތުން ލޯގަލ ގަވަރމަންޓް އޮތޯރިޓީ އަށް ފޮނުވި ބިލްތަކާ ގުޅިގެން އެ ފައިސާ ހަމަޖައްސައިދިނުމާމެދު މިނިސްޓްރީ އޮފް ފިނޭންސްގެ ލަފަޔަށ އެދް އެ އޮތޯރިޓީން ސިޓީ ފޮނުވާފައި ވާކަން އެނގެން އޮވެއެވެ.

13މިކަންކަން މިގޮތުގައި ހިނގައިދިޔަ ފަހުން،ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ފަރާތުން އަފާމީ މޯލްޑިވްސ އަށް އަންގާފައިވަނީ އަފާމޯ މޯލްޑިވްސް އިން ހޯދަން އެދޭ ބަދަލު ދެވިދާނެކަމަށް ނުފެންނާތީ . ކޮޅުމަޑުލު މަޑޮފުށީ ކައުންސިލް އިދާރާގެ ނަންބަރު A/2020/146-(LET)384 )06 ސެޕްޓެންބަރު 2020( ސިޓީ . އަފާމީ މޯލްޑިވްސްގެ ފަރާތުން ލޯކަލް ގަވަރމަންޓް އޮތޯރިޓީ އަށް ފޮނުވާފައިވާ ނަންބަރު 072AFAMI/2020/) 27 ސެޕްޓެންބަރު 2020( . އަފާމީ މޯލްޑިވްސްގެ ފަރާތުން ލޯކަލް ގަވަރމަންޓް އޮތޯރިޓީ އަށް ފޮނުވާފައިވާ ނަންބަރު 073AFAMI/2020/) 29 ސެޕްޓެންބަރު 2020( . ލޯކަލް ގަވަރމަންޓް އޮތޯރިޓީންމިނިސްޓްރީ އޮފް ފިނޭންސަށ އަށް ފޮނުވާފައިވާ ނަންބަރު CDP/13/2020/26-221) 20 ފެބުރުވަރީ 2020( ސިޓީ އަދި 10 ސެޕްޓެންބަރު 2020 ސިޓީ )ރިޕޯޓް ސްކޭންގެ ސަފްހާ 53( މައްސަލަ ޝަރީޢަތަށް ހުށަހަޅައިގެން ކުރިއަށް ގެންދިއުމަށެވެ.އަދި މަސައްކަތްކުރުމަށް ބިން ހަމަނުޖެހުމުގެ ސަބަބުން އެއްބަސްވުމުގެ މުއްދަތު އިތުރުކުރުމަށް އެދޭނަމަ އެ އޮތޯރިޓީ އަށް ހުށަހަޅައިގެން ކުރިއަށް ގެންދިއުމަށް އަފާމީ މޯލްޑިވްސް އަށް އަންގާފައިވެއެވެ.

14އެއްބަސްވުމުގެ ދަށުން ހަވާލުކުރެވުނު ޕްރޮޖެކްޓް އިތުރަށް ކުރިއަށްގެންދިއުމަށ ބޭނުން ނުވް ކަމާއި، ގެއްލުމުގެ ބަދަލު ހޯދުމަށް ދައުވާ ކުރުމަށް ގަސްތުކުރާކަން އަފާމީ މޯލްޑިވްސް އިން ލޯކަލް ގަވަރމަންޓް އޮތޯރިޓީ އަށް 27 ޑިސެންބަރު 2020 ދުވަހުގެ ސިޓީން އެންގިއެވެ. ސިވިލް ކޯޓުގެ ނަންބަރު 370/Cv-C/2021 ޤަޟިއްޔާގައި ކުރެވުނު ދައުވާ

15ސިވިލް ކޯޓުގެ ނަންބަރު 370/Cv-C/2021 ޤަޟިއްޔާގައި ކުރެވުނު ދައުވާއަކީބުނެވިދިޔަ އެއްބަސްވުމް އެއްގޮތަށް މަސައްކަތް ކުރަމުން ދަނިކޮށް ތ. މަޑިފުށީ ރައްޔިތުންގެ ތެރެއިން ބަޔަކު ނިކުމެ ސައިޓްގައި ކުރަމުނެދިޔަ މަސައްކަތް ހުއްޓުވައި، ސައުޓުގައ ހުރި ތަކެއްޗަށް ބޮޑެތި ގެއްލުންތަކެއް ދީފައިވުމުގ ސަބަބުން، ލޯކަލް ގަވަރމަންޓް އޮތޯރިޓީއިން މަސައްކަތް ހުއްޓުވާފައިވާތީ، އަފާމީ މޯލްޑިވްސް އަށް ލިބުނު ގެއްލުމުގެ ބަދަލު ހީދުމަށ އެދް އަފާމީ މޯލްޑިވްސްގެ ފަރާތުން ލޯކަލް ގަވަރމަންޓް އޮތޯރިޓީ )ދިވެހި ދައުލަތް( ގެ މައްޗަށް ހުށަހެޅި ދައުވާއެވެ. . ލޯކަލް ގަވަރމަންޓް އޮތޯރިޓީން އަފާމީ މޯލްޑިވްސް އަށް ފޮނުވާފައިވާ ނަންބަރު 37CDP/PRIV/2020/-221) 08 އޮކްޓޫބަރު 2020( . އަފާމީ މޯލްޑިވްސްގެ ފަރާތުން ލޯކަލް ގަވަރމަންޓް އޮތޯރިޓީ އަށް ފޮނުވާފައިވާ ނަންބަރު 1072020//AM )27 ޑިސެންބަރު 2020( ސިޓީ ސިވިލް ކޯޓުގެ ޙުކުމް

16ސިވިލް ކޯޓުގެ ނަންބަރު 370/Cv-C/2021 ޤަޟިއްޔާގައި ޙުކުމް ކޮށްފައިވަނެއަންނަނިވި ފަދައިންނެވެ. " ދެންފަހެ، ބުނެވިދިޔަ ކަންކަން އެގޮތުގައި ހުރުމާއެކު، އަފާމީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުނ ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ މައްޗަށް ރައްދުކޮށް ދިވެހި ދައުލަތުގެ މައްޗަށް ކުޅަ މިދަޢުވާގައި، ދަޢުވާކުރާ ފަރާތުން ހޯދުމަށް އެދުނު ފައިސާގެ ތެރެއިން 1,679,114/35 ރ. )އެއްމިލިއަން ހަލައްކަ ހަތްދިހަ ނުވަހާސް އެއްސަތޭކ ސާދަ ރުފިޔާ ތިރީސްފަސްލާރި( އަކީ ދަޢުވާލިބުނު ދިވެހި ދައުލަތުގެ ފަރާތުން ދަޢުވާކުރާ ފަރާތަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި ދައްކަންޖެހޭ ފައިސާއެއްކަން މަދަނީ މިންގަނޑުން ޝަރީޢަތަށް ސާބިތުވާކަމަށް ކަނޑައަޅައި، ބުނެވުނު ފައިސާ ދަޢުވާކުރާ ފަރާތަށް ލިބިދިނުމުގެ ގޮތުން 31 މެއި 2022 އިން ފެށިގެން 30 )ތިރީސް( ދުވަހުގެ ތެރޭގައި ދަޢުވާކުރާ ފަރާތަށް ދައްކައި ޚަލާސްކުރުމަށް ދިވެހި ދައުލަތަށް އަންގައި މިގޮތުގެމަތީނ ޙުކުމްކޮށްފީމެވެ."

17މިއީ، ސިވިލް ކޯޓުގެ ބުނެވުނު ހުކުމާމެދު ހިތްހަމަނުޖެހިގެން ސިވިލް ކޯޓުގެ ނަންބަރ 370/Cv-C/2021 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީ)ދިވެހި ދައުލަތް(ގ ފަރާތުން އަފާމީ މޯލްޑިވްސް އަށް ރައްދުވާގޮތަށް އިސްތިއުނާފުކުރުމުން ބެލި ޤަޟިއްޔާއެވެ.

އިސްތިއުނާފީ ނުކުތާ

18ސިވިލް ކޯޓުގެ ނަންބަރު 370/Cv-C/2021 ޤަޟިއްޔާ އިސްތިއުނާފުކުރަމުންލޯކަލ ގަވަރމަންޓް އޮތޯރިޓީގެ ފަރާތުނ ހުށަހަޅާފައިވަނީ 1 )އެކެއް( ނުކުތާއެވެ. • އެ ނުކުތާ އަކީ: ގެއްލުމުގެ ބަދަލުގެ ގޮތުގައި 1,679,114/35 )އެއްމިލިއަން ހަލައްކަ ހަތްދިހަ ނުވަހާސް އެއްސަތޭކަ ސާދަ ރުފިޔާ ތިރީސްފަސްލާރި( އިސްތިއުނާފު ރައްދުވާ ފަރާތަށް ދެއްކުމަށް ސިވިލް ކޯޓުން ނިންމާފައިވަނީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޝަމީމް ޢަބްދުﷲއަބޫބަކުރު ވ. ވަޙީދު އިސްމާޢީލް ޤަޟިއްޔާއާއި ގަލްފް ކްރާފްޓް ޕްރައިވެޓް ލިމިޓެޑް ވ.އަކުއާ ސަނާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާ އަދި އެޗް.އެމް.ލޫލޫ ޕްރައިވެޓް ލިމިޓެޑް ވ. އިތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާއިން ގެއްލުމުގެ ބަދަލު ހިސާބުކުރުމުގައި ކަނޑައަޅާފައިވާ ޝަރުޢީ އުޞޫލަށާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އަޙްމަދު ނާޝިދު ވ. މުޙައްމަދު މުޞްތަފާ ޤަޟިއްޔާއިން ކަނޑައަޅާފައިވާ ސާބިތުކުރުމުގެ ބުރައަށް ސވިލ ކޯޓުގް ޤަޟިއްޔާގެ ވާޤިއާތައް ފުރިހަމައަށް ރިޢާޔަތްކުރުމެއްނެތި ރިޢާޔަތްކުރަންޖެހޭ ކަންކަމަށް ފުރިހަމައަށް ރިޢާޔަތްކުރުމެއްނެތ ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.

އިސްތިއުނާފުކުރަ ފަރާތުގާ ވާހަކަ

19މ މައްސަލައި ގުޅިގެނާ ދައުލަތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި މައިގަނޑުގޮތެއްގައި ފާހަގަކޮށްފައިވަނީ ސިވިލ ކޯޓުން މި މައްސަލައިގައި ގެއްލުމުގެ ބަދަލު ނަގައިދީފައިވަނެދިވެހިރާއްޖޭގާސުޕްރީމ ކޯޓުގް ނިންމުންތަކުގައި ބަޔާންކުރާ ގެއްލުމުގެ ބަދަލު ނަގައިދިނުމާގުޅޭ އުސޫލުތަކާ ޚިލާފަށް ކަމަށެވެ. އެގޮތުން ލިބުން ގެއްލުނު ސާބިތުކޮށްދިނުމެއި، ގެއްލުން ކުޑަކުރުމަށުކޮށްފައިވާ މަސައްކަތަށް ރިޢާޔަތްކޮށް ގެއްލުމުގެ ބަދަލު ނަގައިދިނުމާއި، ލިބުނު ގެއްލުމަކީ ކޮން ފަރާތެއްގެ ސަބަބުން ލިބުނު ގެއްލުމެއްތޯ އާ މިކަންކަމަށް ދަށު ކޯޓުން ރިޢާޔަތްކޮށްފައިވަނީ ރަނގަޅަށް ނޫން ކަމަށެވެ.އެގޮތުން މި މައްސަލައިގައި ހެއްކެއްގެ ގޮތުގައި ހުށަހަޅާފައިވާ ލޮގްފޮތުގެ ޞަފްހާ ތަކަކީ ބަދަލު ދިނުމުގައި އެކަށީގެންވާ ހެކި ނޫން ކަމަށެވެ. މި މައްސަލައިގައި ކަން ހިނގާފައިވާ ގޮތަށް ބަލާއިރު، އަފާމީ މޯލްޑިވްސްގެ މަސައްކަތް ރައްޔިތުން ނުކުމެ ހުއްޓުވުމާ ގުޅިގެން، ވަގުތީގޮތުނ މަސައްކަތް ހުއްޓާލުމަށް ދައުލަތުން އެންގްކަމަށެވެ. ނަމަވެސާވަގުތީ ގޮތުން މަސައްކަތް ހުއްޓާލިތ 28 ދެވަސ ފާއިތުވެގެން ދިޔައިރުވެސް، އެއްބަސްވުމާ އެއްގޮތަށްއަފާމީ މޯލްޑިވްސްގެ ފަރާތުނ އެއްބަސްވުން ބާޠިލްކޮށްފައިނުވާ ކަމަށެވެ. އެހެންކަމުން އެއީ ގްއލުނ ކުޑަކުރުމަށް މަސައްކަތްކޮށްފައި ނުވުން ކަމަށެވެ. މަސައްކަތް ކުރިއަށް ގެންދިއުމަށް އޭގެ ފަހުން އެހެން މަސައްކަތު ސައިޓެއް ވެސްއަފާމީ މޯލްޑިވްސއަށ ދއްކާފައިވާނަ ކަމަށެވެ.ހަމައެހެންމެ މި މައްސަލައިގައި އިސްތިއުނާފު ރައްދުވާ ފަރާތުން ގެއްލުން ސާބިތުކޮށްދިނުމަށް ދަށް ކޯޓަށު ހުށަހެޅް ހެކިތަކަކީ އެފަރާތުން އަމިއްލައަށް ތައްޔާރުކޮށްފައިވ ހެކާ ކަމަށެވެ. އެހެންކަމުން އެހެއްކަށ ދެވެންޖެހޭބުރަދަން ކުޑަވާންޖެހ ކަމަށެވެ.މީގެ އިތުރުން ރައްޔިތުންގެ ބަޔަކު ނުކުމެ އިސްތިއުނާފު ރައްދުވާ ފަރާތުގެ ތަކެއްޗަށް ދީފައިވާ ގެއްލުމަށް ދައުލަތުން ޒިންމާވާން ނުޖެހޭނެ ކަމަށެވެ.

20ޝަރީޢތުނަ ކުރް ސުވާލުތަކަށް ޖަވާބުދެމުން ދައުލަތުން ބުނެފައިވަނީ މަސައްކަތް ހަވާލުކުރި ސައިޓަކީ ރަށުގެ ރައްޔިތުންނ މަޝްވަރާ ކުރެވިގެން އައްޔަން ކުރެވުނު ސައިޓެއ ނޫން ކަމަށެވެ. ނަމަވެސް ރަށު ރައްޔިތުންގެ ތެރެއިން ބަޔަކު ނުކުމެ އަފާމީ މޯލްޑިވްސްގެ ތަކެއްޗްށ ގެއްލުން ދީފައިވުމަކީ ދައުލަތުން އެކަމުގެ ޒިންމާ ނަގަންޖެހޭ ކަމެއް ނޫން ކަމަށެވެ. މަސައްކަތް ކުރުމަށްޓަކައި އަފާމީ މޯލްޑިވްސް އަށް ފަހުން އެހެނ ސައިޓެއް ހަމަޖައްސައިދީފައިވަނީ ތ. މަޑިފުށީގެ ރައްޔިތުންނ މަޝްވަރާ ކުރެވިގެން ކަމަށާއި ނަމަވެސް ދެފަރާތުގެ މެދުގައި ވެވުނު އެއްބަސްވުމަށް އުނިއިތުރު ގެނައުމަށްފަހުގައި ނޫން ކަމަށެވެ.

އިސްތިއުނާފުކުރާ ފަރާތުން އެދޭގޮތް

21އިސްތިއުނާފުކުރާ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އެދިފައިވަނީ ދަށު ކޯޓުގެ ޙުކުމް ބާޠިލްކޮށްދިނުމަށެވެ.

އިސްތިއުނރައްދުވ ފަރާތުގާ ވާހަކާ

22ޖަވާބުގައިއަފާމީ މޯލްޑިވްސްގާ ފަރާތުން ބުނެފައިވަނީ ސިވިލް ކޯޓުގައްނަގައިދިނުމަށ އެދުން އެންމެހާ ގެއްލުމުގެ ބަދަލު ނަގައިދީފައިނުވާކަމަށެވެ. ނަގައިދީފައިވާ ގެއްލުމުގެ ބަދަލަކީ ސާބިތުކޮށްދެވިގެނ ނަގައިދީފައިވާ ގެއްލުމުގެ ބަދަލު ކަމަށެވެ. ހަމައެހެންމެ ގެއްލުން ކުޑަކުރުމުގެ ގޮތުނީއަފާމީ މޯލްޑިވްސްގެ ފަރާތުނ އެއްވެސް ކަމެއް ކޮށްފައިނުވާކަމަށް ދައުލަތުން ފާހަގަކުރާއިރު، މަސައްކަތް ހުއްޓާލުމަށް އެންގި ވަގުތީގޮތުން ކަމަށެވެ. އެހެންކަމުން އެމުއްދަތުގައި ތަކެއްޗާއި މުވައްޒަފުން އެހެން ތަނަކަށް ބަދަލުކޮށްފައިނުވަނ މަސައްކަތް ފަށަން އަނގަފާނެކަމަށޓަކައި ކަމަށެވެ.އަދި މަސައްކަތް ފެށޭތޯ ތަކުރާރުކޮށް ކަމާބެހޭ ފަރާތްތަކަށް ސިޓީވެސް ފޮނުވިފައިވާނެ ކަމަށެވެ. މީގެ އިތުރުން މަސައްކަތް ހުއްޓާލާތާ 28 ދުވަސް ފަހުން އެއްބަސްވުން ބާޠިލްކުރުމުގެ އިޚްތިޔާރު ދެފަރާތަށްވެސް ލިބިގެންވާއިރު ދައުލަތުން ވެސް އެއްބަސްވުނ ބާޠިލްކޮށްފައިނުވާކަމަށެވެ.ހަމައެއާއެކ ލިބުނު ގެއްލުނު ސާބިތުކޮށްދިނުމަށް ދަށް ކޯޓަށު ހުށަހެޅް ލޮގް ތަކަކީ އެ ރަށު ކައުންސިލުން އެންޑޯޒްކޮށްފައިވާ ތަކެތި ކަމަށެވެ.މީގެ އިތުރުން އަފާމީ މޯލްޑިވްސްގެ ފަރާތުން ދަށު ކޯޓށަ ހުށަހެޅް ހެކިތަކުން މުވައްޒަފުންނަށް މުސާރަ ދެވުނު މިންވަރެއް ނޭނގޭކަމާއ ކުރި ޚަރަދެއް ނޭނގޭކަމަށްބުނެ ދައުލަތުން ދަށު ކޯޓުގައި ވާހަކަދައްކާފައި ނުވާކަމަށެވެ. އެފަދައިން އެ ސުވާލު އުފެއްދިނަމ ޝަފަހީ ހެކިވެސް ހުށަހަޅާނެ ކަމަށެވެ.

އިސްތިއުނާފުރައްދުވާ ފަރާތުން އެދޭގޮތް

23އިސްތިއުނާފުރައްދުވާ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އެދިފައިވަނީ ދަށު ކޯޓުގެ ޙުކުމް ދަމަހައްޓައިދިނުމަށެވެ.

ޝަރީޢަތުން ރިޢާޔަތްކުރިގޮތް

24މި މައްސަލައިގައި ދައުލަތުން ހުށަހެޅި އިސްތިއުނާފީ ނުކުތާގައި ހިމެނެނީ ދެ ބައެކެވެ.

24.1. ފުރަތަމަ ބަޔަކީސިވިލް ކޯޓުން އިސްތިއުނާފު ރައްދުވާ ފަރާތަށިގެއްލުމުގެ ބަދަލުނަގައދީފައު ވަނީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޝަމީމް ޢަބްދިﷲ އަބޫބަކުރު ވ. ވަޙީދު އިސްމާޢީލް ޤަޟިއްޔއާއާ ގަލްފް ކްރާފްޓް ޕްރައިވެޓް ލިމިޓެޑް ވ.އަކުއާ ސަނާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔ އަދި އެޗް.އެމް.ލޫލޫ ޕްރައިވެޓް ލިމިޓެޑް ވ. އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާއިނާގެއްލުމުގެ ބަދަލު ހިސާބުކުރުމުގައި ކަނޑައަޅާފައިވާ ޝަރުޢީ އުޞޫލު ޚިލާފަށް ކަމަށް ބުނެ ފާހަގަކުރި ބައެވެ.

24.1.1. އެގޮތުން ދައުލަތުން ފާހަގަކުރި އެ ޤަޟިއްޔާތަކުގެ ތެރެއިން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޝަމީމް ޢަބްދް ﷲ އަބޫބަކުރު ވ. ވަޙީދު އިސްމާޢީލް ޤަޟިއްޔާގެ 27 ވަނަ ނުކުތާ އަދި 28 ވަން ނުކުތާއަ ޙަވާލާދީ ދައުލަތުން ފާހަގަކޮށްފައިވަނީ، ކޮންޓްރެކްޓާގުޅިގެނ ބަދަލް ދިނުމުގައި އެކަށީގެންވާ ވަރަށް ރައްކާތެރިނުވުމުގެ ސަބަބުން ލިބޭ ގެއްލުމަކަށް ރައްކާތެރިނުވި ފަރާތަކަށް ބަދަލު ދިނުމެއް ނޯންނާނެ ކަމަށާއި، ގްއްލުނ ކުޑަކުރުމަށް ބަދަލް ހޯދުމަށް އެދޭ ފަރާތުން އަޅާފައިވާ ފިޔަވަޅުތަކަށް ޝަރީޢަތުން ރިޢާޔަތްކުރަންވާނެކަމަށް ބަޔާންކުރައްވާފައިވާ އުސޫލާ ދަށު ކޯޓުނ ޚިލާފުވެފައިވާކަމަށެވެ.

24.1.2. މީގެ އިތުރުން ގަލްފް ކްރާފްޓް ޕްރައިވެޓް ލިމިޓެޑް ވ.އަކުއާ ސަނާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާއާ ގުޅިގެން ދައުލަތުން ފާހަގަކޮށްފައިވަނީ އެ ޤަޟިއްޔާގެ 52 ވަނަ ނުކުތާގެ ދަށުން ބަޔާންކޮށްފައިވާ ގެއްލުމުގބަދަލަހިސާބުކުރުމެގައު އެ އަދަދަށް ވާސިލުވިގޮތުގއި، އ . ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2018/SC-A/30 ޤަޟިއްޔާ . ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/08 ޤަޟިއްޔާ އަދަދުގެ ތެރެއިން ލިބިދާނެކަން އެނގިފައިވާ ގެއްލުމާއި، ދުވަހުން ދުވަހަށް ލިބޭ/ ލިބިދާނެކަން އެނގޭ ގެއްލުން ހިސާބުކޮށްފައިވާ ގޮތަށް ރިޢާޔަތްކުރަންޖެހޭނެކަމަށް ކަނޑައަޅުއްވާފައިވ އުސޫލާ ދަށު ކޯޓުން ޚިލާފުވެފައިވާކަމަށެވެ.

24.1.3. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އެޗް.އެމް.ލޫލޫ ޕްރައިވެޓް ލިމިޓެޑް ވ. އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑެޤަޟިއްޔާއ ގުޅިގެނާ ދައުލަތުން ފާހަގަކޮށްފައިވަނީ އެ ޤަޟިއްޔާގެ 64 ވަން ނުކުތާގައި ކޮންޓްރެކްޓާބެހޭ ޤާނޫނުގެ މަގުސަދަކީ އަޤްދީ ވައުދަކަށް ބަރޯސާވުމުގެ ސަބަބުން އެއްވެސް ފަރާތަކަށް ގެއްލުމެއް މެދުވެރިވިޔަ ނުދިނުމާއި އެއްވެސ ފަރާތަކަށް ބޭއިންސާފު މުއްސަނދިކމެއ ލިބުން ނުދިނުންކަމަށް ބަޔާންކުރައްވާފައިވާއިރު، އ އުސޫލާ ޚިލާފަށް ދަށު ކޯޓުން ބަދަލު ނަގައިދީފައިވާކަމަށެވެ.

24.2. ދައުލަތުގެ އިސްތިއުނާފީ ނުކުތާގެ ދެވަނަބަޔަކީދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގާ އަޙްމަދު ނާޝިދު ވ. މުޙައްމަދު މުޞްތަފެޤަޟިއްޔާއިން ކަނޑައަޅާފައިވާ ސާބިތުކުރުމުގެ ބުރައަށ ސިވިލް ކޯޓުގް ޤަޟިއްޔާގެ ވާޤިއާތައް ފުރިހަމައަށް ރިޢާޔަތްކޮށްފައި ނުވާކަމަށް ބުނެ ފާހަގަކުރި ކަންކަމެވެ.

24.2.1. އެ ޤަޟިއްޔާއާގުޅިގެނ ދައުލަތުން ފާހަގަކޮށްފައިވަނީ އެ ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާތަކުގެ )ޅ( ގައި، އެ ޚަސްމެއްގެ މައްޗަށް ދަލީލު ޤާއިމްކުރަން ބޭނުންވާ ޚަސްމުގެ އަމިއްލަ އަތުން ލިޔެފައިވާ ސާބިތުކުރަން ބޭނުންވާ މައްސަލައާ ގުޅޭ ލިޔުމަކީ ސާބިތުކުރުމަށްޓަކައ އެކުލަވީ ލެވޭ ޚާއްސަ މުސްތަނަދަކަށް ނުވާނަމަ އޭގެ ޒާތުގައި ފުރިހަމަ ކިތާބީ ދަލީލެއް ނޫންކަމަށް ބަޔާންކުރައްވާފައިވާއިރު، ދަށު ކޯޓުން ގެއްލުމުގެ ބަދަލު ނަގައިދީފައިވަނީ އިތުރު ހެއްކެއް . ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-A/28 ޤަޟިއްޔާ ހުށަހަޅާފައިނެތި، ހަމައެކަނި އަފާމީ މޯލްޑިވްސް އިން އަމިއްލައަށް ތައްޔާރުކުރި ލިޔުންތަކަށް ރިޢާޔަތްކޮށް ބުނެވުނު އުސޫލާ ޚިލާފަށް، ލިބުނު ގެއްލުން ސާބިތުކޮށް ނުދެވެނީސް ކަމަށެވެ. ދަށު ކޯޓުން ގެއްލުމުގެ ބަދަލު ނަގައިދީފައިވަނީ އުސޫލުތަކާ ޚިލާފަށްތޯ؟

25HN1ދައުވާ ސާބިތުކުރުމުގެ ބުރައަކީ އާންމު އުސޫލުން އެ ދައުވާއެއް ކުރާ ފަރާތެއްގެ ޒިންމާއެކެވެ. އަދ ދަފްއު ސާބިތުކުރުމުގެ ބުރަ އޮންނާނީ އެ ދަފްއެއް ކުރިމަތިކުރި ފަރާތެއްގެ މައްޗަށެވެ.ހަމަ އެހެންމެ ގެއްލުމުގެ ބަދަލު ނަގައިދެވޭނީ ގެއްލުން ސާބިތުކޮށްދެވިގެނ ކަން ވެސް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުނ ކަނޑައަޅާފައިވެއެވެ.

26HN2މާ މައްސަލައިގައި އަފާމީ މޯލްޑިވްސް އިން ގެއްލުމުގެ ބަދަލު ހޯދުމަށް ދަށު ކޯޓުގައި ދައުވާ ކޮށްފައިވާއިރު، އެ މައްސަލައިގެ ތެރެއިން ނަގައިދީފައިވާ ބަދަލަކީ ގެއްލުން ސާބިތުކޮށްދެވިގެން ނަގައިދީފައިވާ ބަދަލެއްތޯ ބަލަންޖެހެއެވެ. މިކަމުގެ ބޭނުމަށްޓަކައި އެންމެ ފުރަތަމަ ދަށު ކޯޓުން ހެކި ވަޒަންކޮށްފައިވާގޮތަށ ބަލާލާނަމެވެ.

26.1. މ މައްސަލައިގެ ދށަ ކޯޓުގެ ރިޕޯޓުގެ 7 ވަނަ ނުކުތާ އިން ފެށިގެން 11 ވަނަ ނުކުތާގެނިޔަލަށް، ބަދަލު ނަގައިދިނުމުގައި ރިޢާޔަތްކުރެވުނު ކަންކަން ބަޔާންކޮށްފައިވެއެވެ.

26.2. އެގޮތުން ނަގައިދެވޭނީ ޚަރަދުކުރިކަން ސާބިތުވާ ފައިސާއާއި ސާބިތުކޮށްދެވޭ ގެއްލުމުގެ ބަދަލު ކަމަށް ބަޔާންކުރުމާއެކެ،ބައެއް އިންވޮއިސްތަކުން އެ މިންވަރަށް ފައިސާ ޚަރަދުކުރިކަން އެނގެން ނތުމުން،ހުށަހެޅުނު ހުރިހާ އިންވޮއިސްތަކކަ ށ ފައިސް ނަގައިދީފައި ނުވެއެވެ. އަދި އެދިފައިވާ އެންމެހައި ގެއްލުމުގެ ބަދަލު ނަގައިދީފައި ނުވެއެވެ. އެގޮތުން ގާތްގަނޑަކަށް ޖުމްލަ 4 )ހަތަރެއް( މިލިއަން ރުފިޔާ ނަގައިދިނުމަށް ދައުވާފޯމުގައިއެދިފައިވާއިރު، ދަށު ކޯޓުން ނަގައިދީފައިވަނީ އަފާމީ މޯލްޑިވްސްގެ ފަރާތުން ހޯދުމަށް އެދުނު ފައިސާގެ ތެރެއިނީސާބިތުކޮށްދެވުނ މަދު މިންވަރެކެވެ. އެގޮތުން ނަގައިދީފައިވަނީ 1,679,114/35ރ. )އެއްމިލިއަން ހަލައްކަ ހަތްދިހަ ނުވަހާސް އެއްސަތޭކަ ސާދަ ރުފިޔާ ތިރީސްފަސްލާރި( އެވެ.

26.3. ނަގައިދީފައިވާ ބަދަލުގެ މިންވަރު ކަނޑައެޅިގޮތަށް ބަލާއިރު، އަފާމީ މޯލްޑިވްސްގެ 13 މުވައްޒަފުން މަސައްކަތު ސައިޓަށް ހާޟިރުވި ނަމަވެސް މަސައްކަތް ނުކުރެވި ދިޔައީ ދައުވާކުރާ ފަރާތުގެ އިހުމާލުން ނޫންކަން ކައުންސިލް އިދާރާއިން ސޮއިކޮށް ތައްގަނޑު ޖަހާފައިވާ ލިޔުންތަކުން އެނގެން އޮވެފައި،ޚަރަދުކުރިކަން އެނގެންއޮތަވަކި ވަކެއިންވޮއިސްތު ކަށް ބަލައި އެފައިސާގެ މިންވަރު ނަގައިދީފައިވާކަން އެނގެއެވެ.

26.4. ހަމަ އެހެންމެ ބައެއް އިންވޮއިސްތަކުގައި ބަޔާންކޮށްފައިވާ ޖުރުމާނާއަކީ ދެފަރާތުން އެއްބަސްވެފައިވާ ޝަރުތަކަށް ނުވާތީ އެ ފައިސާ ނަގައިދީފައިނުވެއެވެ. މީގެ އިތުރުން ޕްރޮޖެކްޓް ނިންމާލެވުނުނަމަ، ލިބޭނެ ކަމަށް އަންދާޒާކުރި ފައިސާގެ %25 ހޯދުމަށް އެދުނު ނަމަވެސް އެ ފައިސާގެ މިންވަރު ކަނޑައެޅިގޮތެއް ސާފުކޮށްދީފައިނުވާތީ އެފައިސާވެސް ނަގައިދީފައިނުވެއެވެ.ހަމައެއާއެކު ޤާނޫނީ ވަކީލުގެ ފީއާމެދު ދެފަރާތުގެ މެދުގައި އެއްބަސްވުމެއް ނެތުމުން، އެ ފައިސާވެސް ނަގައިދީފައިނުވެއެވެ. . ސިވިލް ކޯޓުގެ ނަންބަރު 370/Cv-C/2021 ޤަޟިއްޔާގެ 9 ވަނަ ނުކުތާ . ސިވިލް ކޯޓުގެ ނަންބަރު 370/Cv-C/2021 ޤަޟިއްޔާގެ 9 ވަނަ ނުކުތާ . ސިވިލް ކޯޓުގެ ނަންބަރު 370/Cv-C/2021 ޤަޟިއްޔާގެ 7 ވަނަ ނުކުތާގެ ދަށުން ބަޔާންކޮށްފައިވ 6 ވަނަ ޕެރެގްރާފް

27މ މައްސަލައިގައި ދައުލަތުން ފާހަގަކޮށްފައިވަނީ ދަށު ކޯޓުން ބަދިލަ ނަގައިދީފައިވަނީ އަފާމީ މޯލްޑިވްސްއިނ ހުށަހެޅް ލޮގްފޮތުގެ ސަފްހާތަކުގައްހުރި މައުލޫމާތަށ ބިނާކޮށް ކަމަށާއި އެއީ އަފާމީ މޯލްޑިވްސް އިން އަމިއްލައަށް ތައްޔާރުކޮށްފައިވ ހެކާ ކަމަށެވެ. ހަމަ އެހެންމެ އިންވޮއިސް ތަކާއި، މުވައްޒަފުންނަށް މުސާރ ދިނުމަ ގުޅޭގޮތުން ހުށަހަޅާފައިވަނީ ވެސް އަފާމީ މޯލްޑިވްސްއިން އަމިއްލައަށް ތައްޔާރުކޮށާފައިވ ލިޔުންތައް ކަމަށެވެ. އެހެންކަމުން މި ހެކިތަކަށް ދެވޭ ބުރަދަން ކުޑަވާންޖެހޭކަމަށެވެ. އަދި ހުށަހެޅިފައިވާ ހެކިތަކުން އަފާމީ މޯލްޑިވްސް އިނަކުރި ޚަރަދު ސާބިތުނުވާކަމަށެވެ. އެގޮތުން މުވައްޒަފުންނަށް މުސާރަ ދެވުނުކަމާއި ކެއުމާއި ހުރުމުގެ އިންތިޒާމް ހަމޖެއްސިކަން މި ހެކިތަކުން ސާބިތުނުވާ ކަމަށެވެ.ހަމައެހެންމެ ރައްޔިތުންގެ ތެރެއިން ބަޔަކު ނުކުމެ ތަކެއްޗަށް ގެއްލުން ދިނުމަކީ އެކަމުގެ ޒިންމާ ދައުލަތުން ނަގަންޖެހޭ ސަބަބެއް ނޫން ކަމަށެވެ.

28HN3ހައިކޯޓުގ ޝަރީޢަތުގެ މަޖިލީހުގައި ފަނޑިޔާރުން ކުރި ސުވްލުތަކާށ ޖަވާބުދެމުން ދައުލަތުން ފާހަގަކޮށްފައިވަނީ، ތ. މަޑިފުށީގައި އެ ރަށު ކައުންސިލްގެ އާ އިމާރާތް ކުރުމަށް ބިން ނުވަތަ ސައިޓު ކަނޑައެޅީ، އެ ރަށު ރައްޔިތުންނ މަޝްވަރާ ކުރެވިގެން ނޫން ކަމަށެވެ. ދިވެހިރާއްޖޭގު އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނ ގައި ރަށުގެ ތަރައްޤީއ ގުޅާ މިފަދަ ކަންކަމުގައި ރައްޔިތުންގެ މަޝްވަރާ ހޯދުން ލާޒިމްކޮށްފައިވާއިރު،ދައުލަތުން ކުރަންޖެހޭ ކަމެއް އޮންނަ އުސޫލުން ނުކުރުމުގެ ނަތީޖާއެއްގެ ގޮތުން ރައްޔިތުންގެ ހިތްހަމަނުޖެހުން ކުރިމަތިވެ، އަފާމީ މޯލްޑިވްސް އަށް ލިބުނު ގެއްލުމަކީ ދައުލަތުން ޒިންމާވާން ނުޖެހޭ ކަމެއްގެ ގޮތުގައި ދައުލަތުން ފާހަގކުރަ ޤާނޫނާ ސަބަބެއް ދައުލަތުގެ ފަރާތުނ ހައިކޯޓުގައި ބުނެދެވިފައި ނުވެއެވެ.ހަމައެހެންމ ދެފަރާތުގެ މެދުގައި އޮތް އެއްބަސްވުމާ އެއްގޮތަށް ކޮޅުމަޑުލު މަޑިފުށީ ކައުންސިލް އިދާރާގެ އިމާރާތުގެ މަސައްކަތް ނުކުރެވި ދިޔުމުގައި އަފާމީ މޯލްޑިވްސްގެ އެއްވެސް އިހުމާލެއް . ޤާނޫނު ނަންބަރު 2010/7 އޮތް ކަމަށް ދައުލަތުން ފާހަގަކޮށްފައިވެސ ނުވެއެވެ. އަދި އެފަދަ އިހުމާލެއް މި މައްސަލައިގެ ތެރެއިން ފެންނާކަށްވެސް ނެތެވެ.

29މީގެ އިތުރުން، ދައުލަތުން ފާހަގަކުރާ ގޮތާ ޚިލާފަށް، ދަށާ ކޯޓުނު ގެއްލުމުގެ ބަދަލު ނަގައިދީފައިވަނީ ހަމައެކަނި ލޮގް ފޮތެއްގެ ސަފްޙތަކަކަށ ނުވަތަ ހުށަހެޅުނު އިންވޮއިސްއަކަށް ބަލައިގެން ނޫންކަން ދަށު ކޯޓުގެ ރިޕޯޓުނ ސާފުކޮށް އެނގެން އެބައޮތެވެ. ދަށު ކޯޓުން ނަގައިދީފައިވާ ބަދަލަކީ ކުރި ޚަރަދު ސާބިތުކޮށްދެވިގެނ، ހެކި ވަޒަންކޮށްގެން ނަގައިދީފައިވާ ގެއްލުމުގެ ބަދަލުކަނ ދަށް ކޯޓުގު ރިޕޯޓުގައިތަފްސީލުކޮށ ބަޔާންކޮށްފައިވެއެވ. އެގޮތުނިދަށު ކޯޓުންބަދަލުގެ ގޮތުގައިނަގައިދީފައިވާ މުވައްޒަފުންގާމުސާރައާއ އިނާޔަތްތައް އެމުވައްޒަފުންނ ޙަވާލުކުރެވުނުކަން އެނގޭ، އެ މުވައްޒަފުން ސޮއިކޮށްފައިވާ ޕޭމަންޓް ވައުޗަރތައ ދަށް ކޯޓަށު ހުށަހެޅިފައިވެއެވެ.ހަމައެހެންމެ ސައިޓަށް ގެންދިއުމަށް ގަތް ތަކެތީގެ ޚަރަދާއި، އެ ތަކެތި ސައިޓަށް ގެންދިއުމަށް ކުރި ޚަރަދު ނަގައިދީފައިވަނީ އެފައިސާ ޚަރަދުކުރިކަން ސާބިތުކޮށްދިނުމުނ ކަން ދަށު ކޯޓުގެ ރިޕޯޓުގެ 8 ވަނަ ނުކުތާއިން ސާފުވެއެވެ.އެހެންކަމުން ގެއްލުމުގެ ބަދަލު ނަގައިދެވޭނީ ގެއްލުން ސާބިތުކޮށްދިނުމުން ކަމަށް ބަޔާންކުރާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ކަނޑައެޅުންތަކާ ދަށުކޯޓުން ޚިލާފވެފައިވާގޮތެއް މި މައްސަލައިގައި ދައުލަތަށް ބުނެދެވިފައި ނުވެއެވެ.

30HN4ދައުލަތުން ފުރިހަމަ ހެއްކެއް ކަމުގައި ނުބެލެވޭނެ ކަމަށް ފާހަގަކުރާ ލޮގްފޮތުގެ ސަފްހާ ތަކަކީ ކޮޅުމަޑުލު މަޑިފުށި ކައުންސިލުން ސޮއިކޮށް، އެ އިދާރާގެ ތައްގަނޑު ޖަހާފައިވާ ސަފްހާތަކެކެވެ.އަފާމީ މޯލްޑިވްސް އާއި ލޯކަލ ގަވަރމަންޓް އޮތޯރިޓީއ ދެމެދާ ވެވުނެކޮޅުމަޑުލު މަޑިފުށެ ކައުންސިލް އިދާރާގެ އިމާރާތް ކުރުމުގެ އެއްބަސްވުމުގްކަންކަންއެ ރަށުނީބަލަހައްޓަންމުންދިޔައްކޮޅުމަޑުލު މަޑިފުށި ކައުންސިލްގެ އިދާރާއިން . ދަށު ކޯޓަށް ހުށަހެޅުނު ޑޮކިއުމަންޓް 5 ކަނެ މި މައްސަލައިގައި ހުށަހެޅިފައިވާ ލިޔުންތަކުން ސާފުވެއެވެ. އެގޮތުން އެއްބަސްވުމުގ 12 ވަނަ މާއްދގާ )ރ( ގައް"އެޕްރޫވް ކުރަންޖެހޭ މަސައްކަތްތައް އެޕްރޫވް ކުރުމާއި، ސައިޓް ލޮގްފޮތުގައި ސޮއިކޮށްދިނުމަށް މަސައްކަތް ޙަވާލުވާފަރާތުން އެދިއްޖެނަމަ އެފޮތުގައި ލިޔެ މަސައްކަތުގެ ވެރިފަރާތުން ނުވަތަ މަސައްކަތުގެ ވެރި ފަރާތުން މަސައްކަތް ކުރިއަށްދާގޮތ ބެލުމަށް ކަނޑައަޅް ފަރާތުން ސޮއިކޮށްދޭންވާނެއެވެ." މިފަދައިން ބަޔާންކޮށްފައިވާއިރު، މި މައްސަލައިގައ ހުށަހެޅިފައިހުރި ސައިޓް ލޮގްފޮތުގެ ސަފްހާތަކުގައި،ކޮޅުމަޑުލު މަޑިފުށި ކައުންސިލާ އިދާރާއިން ސޮއިކޮށް ތައްގަނޑު ޖަހފައ ވެސި ވެއެވެ.ހަމައެއާއެކ ރަށު ކައުންސިލްތަކަކީ ދިވެހް ރާއްޖޭގި އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުން ބާރާ ލިބިގެން، ލާމަރުކަޒީ ނިޒާމުގެ ބޭނުމަށްޓަކައި އުފައްދާފައވި ރަށުގެ ހިންގުމާއި ތަރައްޤީގެ ކަންކަމާއި ޚިދުމަތްތަކާ ގުޅޭގޮތުން އެރަށެއްގެ ކަންކަން ބަލަހައްޓާ އިންތިޒާމްކުރާ ފަރާތަވެ.އެހެންކަމުން އެ ކައުންސިލުން އެންޑޯޒްކޮށްފައިވާ ލިޔުންތަކެއް އެއީ ސައްޙްނޫނ ނުވަތަ ބުރަދަން ނުދެވޭނެ ލިޔުންތަކެއް ކަމަށް ދައުލަތުން ފާހަގަކުރާ ޤާނޫނީ ސަބަބެއް ދައުލަތަށް ސާފުކޮށްދެވިފައި ނުވެއެވެ. ނިންމަން ފެންނަގޮތް:

31އެހެންކަމުން، ސިވލ ކޯޓުގް ނަންބަރު 370/Cv-C/2021 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް، ލޯކަލް ގަވަރމަންޓް އޮތޯރިޓީ )ދިވެހި ދައުލަތް( ގެ ފރާތުނ ހުށަހަޅާފައިވް ނުކުތެގަމައްޗަށް ރިޢާޔަތްކޮށް، އ ޤަޟިއްޔާގެ ޙުކުމް ށ ބަދަލގެންނަންޖެހޭ ސަބަބެއް ނެތްކަމަށް ކަނޑައަޅަން ފެނެއެވެ. . ޤާނޫނު ނަންބަރު 2010/7

ފަނޑިޔާރު މުޙައްމަދު ނިޔާޒްގެ ރައުޔު؛

32ފަނޑިޔާރު ޙުސައިން މަޒީދުގެ ރައުޔަށް އަހުރެން ތާއީދީ ކުރަމެވެ.

ފަނޑިޔާރު ޙަސަން ޝަފީޢުގެ ރައުޔު؛

33ފަނޑިޔާރު ޙުސައިން މަޒީދުގެ ރައުޔަށް އަހުރެން ތާއީދީ ކުރަމެވެ.

އިސްތިއުނާފުކުރުމުގެ އިޖުރާއަތު ބަޔާންކޮށްދިނުން

34މި ޤަޟިއްޔާގައި ދިވެހިރާއްޖޭގެ ހައިކޯޓުން ޙުކުމް ކުރުމުން، ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގައި މި ޤަޟިއްޔ އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ ޙައްޤު މައްސަލައިގެ ޚަސްމުންނަށެ ލިބިގެންވެއެވެ. އެގޮތުން އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ މުއްދަތަކީ ދިވެހިރާއްޖޭގްހައިކޯޓުން މި ޤަޟިއްޔާގައި ޙުކުމް ކުރާ ތާރީޚުން ފެށިގެން 30 )ތިރީސް( ދުވަހެވެ.އަދި އެ މުއްދަތުގެ ތެރޭގައި ޝަރީޢަތްނިމުނުގޮތުގެ ރިޕޯޓު ޚަސްމުންނަށް ޙަވާލުކޮށްފައިނުވާނަމ، އިސްތިއުނާފުކުރުމުގެ މުއްދަތު ގުނަން ފަށާނެ ތާރީޚަކީ ޝަރީޢަތްނިމުނުގޮތުގެ ރިޕޯޓު ޚަސްމުންނ ޙަވާލުކުރާ ތާރީޚެވެ.އެހެންނަމަވެސް ޝަރީޢަތް ނިމުނުގޮތުގެ ޚުލާސާ އަށްބިނާކޮށްވެސ އިސްތިއުނާފަށް ހުށަހެޅިދާނެއެވެ. . ޤާނޫނު ނަންބަރު 2021/32 )މަދަނީ އިޖުރާއަތުގެ ޤާނޫނު( ގެ 284 ވަނަ މާއްދާގެ )ހ( . ޤާނޫނު ނަންބަރު 2021/32 )މަދަނީ އިޖުރާއަތުގެ ޤާނޫނު( ގެ 284 ވަނަ މާއްދާގެ )ށ( . ޤާނޫނު ނަންބަރު 2021/32 )މަދަނީ އިޖުރާއަތުގެ ޤާނޫނު( ގެ 284 ވަނަ މާއްދާގެ )ނ(

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

ޝަރީޢަތުގެ ވީޑިއޯ

ހައިކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޝެއަރ ކުރައްވާ