ސަން ޓްރެވަލް އެންޑް ޓުއަރސް ޕްރައިވެޓް ލިމިޓެޑް ވ. ހިލްޓަން އިންޓަނޭޝަނަލް މެނޭޖް (މޯލްޑިވްސް)
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- ސިވިލް ކޯޓު 144-B5-CR4/CA/2021/6107
- ފަހުގެ ތާރީޚު
- ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް
ކޯ ޓާމްސް
ޚުލާޞާ
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ބިދޭސީ އާބިޓްރަލް އެވޯޑެއް (ICC 19482/TO) ބަލައިގަތުމުގެ (recognition) އަމުރެއް ނެރުމެއްނެތި، އެވޯޑުގެ ފައިސާ ދެއްކުމަށް މުއްދަތު ކަނޑައަޅައި ސިވިލް ކޯޓުން ތަންފީޛީ އަމުރު ނެރުން ރަނގަޅުތޯ، އަދި ހައިކޯޓުގެ 2021/HC-A/121-124 އާއި ސުޕްރީމް ކޯޓުގެ 2020/SC-A/99 ޤަޟިއްޔާތައް ސިވިލް ކޯޓުން ތަޠުބީޤުކުރި ގޮތް ރަނގަޅުތޯ.
ނިންމުން
ދަށުކޯޓުގެ ނިންމުން ބާޠިލުދަށުކޯޓުގެ އަމުރު ބާޠިލު (އަޣުލަބިއްޔަތުން)
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 ދިވެހިރާއްޖެއިން ބޭރުގެ އާބިޓްރަލް އެވޯޑެއް ރާއްޖޭގެ ކޯޓުތަކުން ބަލައިގަތުމާއި ތަންފީޛުކުރުމާ ގުޅޭ ސާފު އިޖުރާއަތެއް އާބިޓްރޭޝަން ޤާނޫނުގައި ނެތެވެ.
HN2 އެއް މައުޟޫޢެއްގައި ހައިކޯޓުގެ ދެ ޤަޟިއްޔާއެއްގައި ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ތަފާތު ދެ ނިންމުމެއް ނިންމާފައިވާނަމަ، އެ މައުޟޫޢުގައި ޢަމަލުކުރަންޖެހޭ ވަކި ޕްރިސިޑެންޓެއް ނެތެވެ؛ ދަށު ކޯޓުތަކުން މަތީ ކޯޓުގެ ނިންމުމަށް ތަބާވުމުގައި ބުރަދަން ދޭންޖެހޭނީ އެ ޤަޟިއްޔާގައި ގިނަ ފަނޑިޔާރުންގެ ރައުޔަށެވެ؛ ތަފާތުވި (ޚިލާފު) ރައުޔަށް ބަރޯސާވެ ގޮތެއް ނުނިންމޭނެއެވެ.
HN3 އާބިޓްރަލް އެވޯޑެއް ބަލައިގަތުން (recognition) އާއި ތަންފީޛުކުރުން (enforcement) އަކީ ތަފާތު ބޭނުމެއް އޮތް ދެ މަރުޙަލާއެވެ؛ ބަލައިގަތުމުގެ ބޭނުމަކީ އެވޯޑުގެ ޞައްޙަކަމާއި އޭގެ މައްޗަށް ޢަމަލުކުރެވިދާނެތޯ ބެލުމެވެ؛ ބަލައިގަތުމުގެ މަރުޙަލާ ދޫކޮށްލާފައި އެވޯޑު ތަންފީޛުކުރުމުގެ ހައިސިއްޔަތެއް ކޯޓަށް ނޯންނާނެއެވެ.
HN4 ސުޕްރީމް ކޯޓުގެ 2020/SC-A/99 ([2021] SC 77) ޤަޟިއްޔާގައި 'ދެން ކުރިއަށް ގެންދަންވާނީ އާބިޓްރަލް އެވޯޑް ތަންފީޛުކުރުމާ ގުޅޭގޮތުން ކުރަންޖެހޭ ކަންތައްތައް' ކަމަށް ބުނެފައިވުމުގެ ތެރޭގައި އެވޯޑު ބަލައިގަތުމުގެ މަރުޙަލާވެސް ހިމެނެއެވެ؛ އެވޯޑު ބަލައިނުގަނެ ތަންފީޛުކުރުމަށް ބާރުއެޅުމެއް އެއީ ނޫނެވެ.
HN5 ބިދޭސީ އެވޯޑެއް ބަލައިގަތުމުގައި، އެވޯޑާ އެއްގޮތަށް ޢަމަލުކުރަންޖެހޭ ފަރާތަށް އާބިޓްރޭޝަން ޤާނޫނުގައިވާ ސަބަބުތައް ހުށަހެޅުމުގެ ފުރުޞަތު ދީ، ކޯޓުން އަމިއްލައަށް ކަށަވަރުކުރަންޖެހޭ ކަންކަން ކަށަވަރުކުރުމަށްފަހު ބަލައިގަތުމަށް ނިންމާ ހިސާބަކީ އެވޯޑު ބަލައިގަންނަ ހިސާބެވެ؛ އެވޯޑު ތަންފީޛުކުރެވޭނީ ކަމާބެހޭ ކޯޓުން ކުރާ އަމުރަކާ އެއްގޮތަށް ކަމުން، އެ އަމުރަކީ ބަލައިގަތުމުގެ އަމުރެވެ.
HN6 އެވޯޑު ބަލައިގަތްކަމުގެ އަމުރެއް ނެތި ތަންފީޛީ މަރުޙަލާ ނުފެށޭނެ ކަމުން، އެފަދަ އަމުރެއް ނެތި ނެރޭ ތަންފީޛީ އަމުރަކީ ބާޠިލު އަމުރެކެވެ.
HN7 ދިވެހިރާއްޖޭގައި ތަންފީޛުކުރަންޖެހޭ ބިދޭސީ އާބިޓްރަލް އެވޯޑެއް ބާޠިލުކުރުމަށް ދިވެހިރާއްޖޭގެ އާބިޓްރޭޝަން ޤާނޫނުގައި ބުނާ ކޯޓަކަށް ހުށަހެޅުމަށް ހުރަހެއް ނެތެވެ؛ ނަމަވެސް އެވޯޑު ދިން ތާރީޚުން ފެށިގެން މުއްދަތުގެ ތެރޭގައި (ސުޕްރީމް ކޯޓުގެ ޤަޟިއްޔާގައިވާ ގޮތުން 3 މަސް) ބާޠިލުކުރުމަށް ހުށަނާޅާނަމަ، ފަހުން ތަންފީޛީ މަރުޙަލާގައި އެވޯޑު ބާޠިލުކުރުމުގެ ފުރުޞަތެއް ނޯންނާނެއެވެ.
ވަކީލުންނާއި ފަނޑިޔާރުން
- ވަކީލުން
- —
- ބެންޗު
- މުޙައްމަދު ފައިޞަލް، މުޙައްމަދު ނިޔާޒް، ޙުސައިން ޝަހީދު
- ރިޔާސަތު
- —
- ރައުޔު ލިޔުނު ފަނޑިޔާރު
- މުޙައްމަދު ފައިޞަލް · ތާއީދުކުރެއްވީ: ޙުސައިން ޝަހީދު
- ޚިލާފު ރައުޔު
- މުޙައްމަދު ނިޔާޒް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.
ފަނޑިޔާރު ފާޠިމަތު ފަރްހީޒާގެ ރައުޔުގައި ވެސް މި ދެ މަރުޙަލާ އަކީ ވަކިން އޮންނަ ދެ މަރުޙާލައެއް ކަމަށް
ބުނެއެވެ. އެ ނުކުތާގައި ބަޔާންކުރަނީ "އާބިޓްރޭޝަން ޤާނޫނުގެ 32 ވަނަ މާއްދާގައި އެ ޙަވާލާދޭ އަމުރަކީ މިބާވަތުގެ ތަންފީޛީ އަމުރުތައް ކަމުގައި މާނަކުރެ ވިދާނެކަމަށް ނުދެކެމެވެ." މި މައުޟޫޢުގައި ފަނޑިޔާރު ޙުސައިން މަޒީދުގެ ރައުޔު ތަފާތެވެ. އެގޮތުން އެ ޤަޟިއްޔާގެ 31 ވަނަ ނުކުތާގައި ބަޔާންކުރަނީ " އާބިޓްރޭޝަން ޤާނޫނުގެ 32 ވަން މާއްދާގަ (ހ) އަދި (ށ) ގައި ބަޔާންކޮށްފައިވާ އަމުރަކީ ބިދޭސީ އާބިޓްރަލް އެވޯޑް ބަލި އިގަތުމުގެ އަމުރެއްކަން އެނގެއެވެ. އަދި ބިދޭސީ އާބިޓްރަލް އެވޯޑެއް ތަންފީޒުކުރުމަށް ހުށަހެޅުމުން އެއޮތީ ބަލައިގަތުމުގެ އަމުރަކަށްވެސް އެދެވިފައި ކަމުގައިވާއިރު، ތަންފީޒުކުރުމަށް ހުށަހެޅުމުގެ އިތުރުން ހުށަހެޅ އެވޯޑް ބަލައިގަތުމުގެ އަމުރަކަށް އެދެންޖެހުމަކ ހަމަޖެހޭ ކަމެއް ކަމުގައި ނުދެކެމެވެ." އެހެންކަމުން ސަން ޓްރެވެލްސ އެންޑް ޓުއަރޒް ޕްރައިވެޓް ލިމިޓެޑް ވ ހިލްޓަން އިންޓަރނޭޝަނަލް މެނޭޖް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑް އަދި އިތުރް1 ފަރާތް ހިމެނޭ ޤަޟިއްޔާގައި އަޣުލަބިއްޔަތު ރައުޔުން ނިންމުނީ އާބިޓްރަލް އެވޯޑެއް ބަލައިގަތުމާއި ތަންފީޒުކުރުން މިއީ ދެ މަރުޙަލާއެއްކަމާއި، މި ދެ މަރުޙަލއަށާ ވަކް ވަކނި ފުރުސަތު ލިބެންޖެހޭނެކަމަށެވެ.
36ދެން ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވަނީ މުތާފުށި އޮރިއެންޓ އިންވެސްޓްމެންޓްސް ލިމިޓެޑް ވ އަވިސްޓަރ އެސެޓް މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑް އެވެ. މި ޤަޟިއްޔާގެ އަޣުލަބިއްޔަތު ރައުޔުގައި ފާހަގަކޮށްފައިވަނީ، "އާބިޓްރޭޝަން ޤާނޫނގު 33 ވަނަ މާއްދާ އާއި 32 ވަނަ މާއްދާއަށް އެކުގައި ބެލުމުން، ނިކުންނަ ނަތީޖާއަކީ ދިވެހިރާއްޖޭން ބޭރުގެ އެވޯޑެއް ދިވެހިރާއްޖޭގައި ބަލައިގަންނާނެކަމާއި، ތަންފީޒުކުރެވޭނެކަމާއި، އަދި ޢަމަލުކުރުން ލާޒިމްވާނެކަމާއި، ކަމާބެހޭ ކޯޓަށް ހުށަހަޅަންޖެހެނީ އެފަދަ އެވޯޑެއެ ތަންފީޛު ކުރަން ބޭނުންވާނަމަކަމެވެ. ވީމާ، އާބިޓްރަލް އެވޯޑަކަށް ބަރޯސާވާ ފަރާތުން އެއެވޯޑެއް ކޯޓަށް ހުށަހަޅަންޖެހޭނީ ތަންފީޒުކުރާށެވެ. މިއީ ބަހުޘެއް ކުރަންޖެހޭ ފަދަ އޮޅުމެއް އޮތް ޖުމްލައެއް ކަމަށް ނުދެކެމެވެ. އެ އެވޯޑު ބަލައިގަތުމުގެ އަމުރެއް ހޯދުމަށް ހުށަހަޅަން ޖެހޭކަމަށް ޤާނޫނަކު ނެތެވެ. ހުށަހަޅަންޖެހެނީ އެއެވޯޑު ތަންފީޛުކޮށް ދިނުމަށެވެ. ރާއްޖޭން ބޭރުގެ އާބިޓްރޭޝަނުގެ އެވޯޑެއް ދިވެހިރާއްޖޭގެ ކަމާބެހޭ ކޯޓުން ބަލައިގަތުމަށާ އެދި ހުށަހެޅުމެއް ހުށަހަޅަން ޤާނޫނުގައި ނެތީސް، އަދި ޤާނޫނު ގައި ބަޔާންކުރާގޮތުން ހުށަހަޅަންޖެހެނީ އެފަދަ އެވޯޑެއް ތަންފީޒުކުރާންކަނ ސާފުކޮށް ބަޔާންކޮށްފައި އޮއްވާ، އެކަން ބަޔާންކުރި ތަނުގައި އޮތް އަމުރު އެއީ ބަލައިގަތުމުގެ އަމެ ރެއ ކަމުގައް ނޫނީ ރިކޮގްނިޝަން އޯޑަރެއްގ ގޮތުގައެ އެއަމުރަށް ނަންކިޔަންޖެހޭ ސަބަބެއް ނުވިސްނެއެވެ ." މިފަދައިންނެވެ.
33. ބުނެވުނު ޤަޟިއްޔާތަކަށް ބަލާއިރު، އެއް މައުޟޫޢެއްގައި ދެ ޤަޟިއްޔާގައި ކަނޑައަޅާފައިވަނީ ދެ ނިންމުމެކެވެ. މި ދެ ނިންމުމަކީވެސް އެ މައްސަލައެއް ބެލި ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ނިންމާފައިވާ މައްސަލަތަކެއްކަމުން، މި މައުޟޫޢާ ގުޅިގެން މަތީ މަރުޙަލާގެ ކޯޓަކުން ޢަމަލުކުރަންޖެހޭ ވަކި ޕްރިސިޑެންޓެއް ނެތްކަން ފާހަގަކުރަމެވެ.
30. އެގޮތުން އިހު ފާހަގަކުރެވުނު ޤަޟިއްޔާތަކުގެ އަލީގައިއާއި އާބިޓްރޭޝަން ޤާނޫނާއި "ނިއުޔާކް ކޮންވެންޝަން"ގެ އަލީގައި އަހުރެންގެ ރައުޔު ތިރީގައި އެވަނީއެވެ.
33. ބިދޭސީ އާބިޓްރަލް އެވޯޑް ބަލައިގަތުން (recognition) އަފި ތަންފީޒުކުރުން (enforcement) އާއި ގުޅޭގޮތުން ޤާނޫނުގައި ބަޔާންކޮށްފައިވާ ކަންތައްތަކާއި، "ނިއުޔޯކް ކޮންވެންޝަން"ގައި އެކަމާ ގުޅޭގޮތުން އައިސްފައިވާކަންކަން ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމި ސަން ޓްރެވެލްސ އެންޑް ޓުއަރޒް ޕްރައިވެޓް ލިމިޓެޑް ވ ހިލްޓަން އިންޓަރނޭޝަނަލް މެނޭޖް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑް އަދި އިތުރު 1 ފަރާތް އަދި މުތާފުށި އޮރިއެންޓ އިންވެސްޓްމެންޓްސް ލިމިޓެޑް ވ އަވިސްޓަރ އެސެޓް މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑް ނިންމުމުގައި ތަފްޞީލީ ގޮތެއްގައި ބަޔާންކޮށްފައިވެއެވެ. އެހެންކަމުން އެކަންކަން މި ޤަޟިއްޔާގައި ތަކުރާރުކުރާކަށް ނެތީމެވެ. ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2021/HC-A/284 ޤަޟިއްޔާ، ފަނޑިޔާރު މުޙައްމަދު ނިޔާޒްގެ ރައުޔުގެ ފާހަގަކުރެވުނު ކަންކަމުގެ 22 ވަނަ ޕެރެގްރާފް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2021/HC-A/121,122,123,124 ޤަޟިއް ޔާ
32. އާބިޓްރަލް އެވޯޑެއް ބަލައިގަތުމާއި (recognition) ތަންފީޒުކުރުން (enforecement) މި ދެ ލަފްޒަކީ ތަފާތު ދެ ކަމަކަށް ނިސްބަތް ކުރާ ތަފާތު ދެ ބޭނުމެއް އޮތް ދެކަމެއް ކަމަށް އަހުރެން ދެކެމެވެ. އަދ މި ދެ ކަން ފުރިހަމަ ވާންޖެހޭނީވެސް ދެ މަރުޙާލާއަކނ ކަމަށް ޤަބޫލުކުރަމެވެ. އެހެނީ އެވޯޑެއް ބަލައިގަތުމުގެ ބޭނުމަކީ އެވޯޑެއް ސައްޙަކަމާއި އެ އެވޯޑަކީ އޭގެ މައްޗަށް ޢަމަލުކުރެވިދާނެ ކަންކަންތޯ ބެލުމެވެ. އެކަން ކަށަވަރުވެގެން މެނުވީ އެ އެވޯޑެއް ތަންފީޒެއް ނުކުރެވޭނެ ކަމަށް އަހުރެން ޤަބޫލުކުރަމެވެ. އެހެންކަމުން ކޯޓުން އެ އެވޯޑެއް ބަލައިގަތުމުގެ މަރުޙަލާ ދޫކޮށްލާފައި އެ އެވޯޑު ތަންފީޒުކުރުމުގެ ހައިސިއްޔަތެއް ނޯންނާނެކަމަށވެސް އަހުރެނ
33. ބޔާންކުރެވުނަ ފަދައިން މި މައުޟޫޢާ ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުން ދެ ނިންމުމެއް ނިންމާފައި ވެއެވެ. އެހެންނަމަވެސް އިސްތިއުނާފުކުރެވިފައިމިވާ އަމުރު ނެރުނު އިރު ވުޖޫދުގައި އޮތީ ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމެވި ސަން ޓްރެވެލްސ އެންޑް ޓުއަރޒް ޕްރައިވެޓް ލިމިޓެޑް ވ ހިލްޓަން އިންޓަރނޭޝަނަލް މެނޭޖް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑް އަދި އިތުރު 1 ފަރާތް ޤަޟިއްޔާ އެކަންޏެވެ. އަދި ކުރިންވެސް ފާހަގަކުރި ފަދައިން އެވޯޑު ބަލައިގަތުމާއި ތަންފީޛުކުރުމާ ގުޅިގެން އެ ޤަޟިއްޔާގެ ނިންމުމަކީ މި ދެ މަރުޙަލާ ވަކި ވަކިން ކުރިއަށް ގެންދިއުމެވެ. އެހެންކަމުން މި މައުޟޫޢާ ގުޅޭ އިތުރު އެހެން ނިންމުމެއް ނެތް އިރު، ދަށު ކޯޓު ތަކުން މަތީ މަރުޙަލާ ކޯޓުތަކުން ނިންމާ ނިންމުންތަކަށް ތަބަޢަ ވުމުގައި ބުރަދަން ދޭންޖެހޭނީ އެ ޤަޟިއްޔާއެއްގައި ގިނަ ފަނޑިޔާރުންގެ ރައުޔު ދެއްވާ ގޮތަކަށެވެ. ތަފާތުވި ރައުޔަށް ބަރޯސާކޮށް ގޮތެއް ނިންމިދާނެ ކަމަށް އަހެރުން ނުދެކެމެވެ.
33. އިސްތިއުނާފު ކުރެވިފައިމިވާ އަމުރުގެ 30 ވަނަ ޕެރެގްރާފުގައި ފާހަގަކޮށްފައިވަނީ؛ "ދިވެހިރާއްޖޭގ ހައިކޯޓުގެ ނަންބަރު 2017/HC-A/237 ޤަޟިއްޔާއިން ހިނގަމުންދާ ސިވިލް ކޯޓުގެ ނަންބަރު C/200-1652/Cv ތަންފީޒީ ޤަޟިއްޔާ ބެލޭނެ ކޯޓަކީ ސިވިލް ކޯޓުކަމަށް ނިންމަވާހިނދު، ހައިކޯޓުގެ ނަންބަރު 2017/HC-A/237 ޤަޟިއްޔާއި ން ތާޢީދުކުރައްވާފައިވާތީ، ދެން ކުރިއަށް ގެންދަންޖެހޭނީ މި އެވޯޑުތައް ތަންޒީފު ކުރުމުގެ މަރުޙަލާކަނ އެނގެން އޮވެއެވެ. " މިފަދައިންނެވެ.
32. ދިވެހިރާއްޖޭގެ ހައިކޯޓުގެ 2017/HC-A/237 ޤަޟިއްޔާ އަދި އެ ޤަޟިއްޔާ ސުޕްރީމް ކޯޓުގައި ބެލި އެކޯޓުގެ ނަންބަރު 2020/SC-A/99 ޤަޟިއްޔާގައި ބުނެފައިވަނީ: "ސަންއާއި ހިލްޓަންއ ދެމެދާ ޚުސޫމާތު ހައްލުކުރުމަށްޓަކައި އެއްބަސްވުމާ އެއްގޮތަށް މައްސަލަ އާބިޓްރޭޝަނަށް ހުށަހަޅައި، ދެ ފަރާތުން ފާހަގަކުރަން ބޭނުންވާ ކަންކަން އެ ޓްރައިބިއުނަލްގައި ފާހަގަކޮށް، އެކަންކަމާމެދު ޓްރައިބިއުނަލްއިން ގޮތްތަކެއް ކަނޑައަޅައި އާބިޓްރަލް އެވޯޑް ދީފައިވާ މައްސަލައެއްކަމުން، ދެން ކުރިއަށް ގެންދަންވާނީ އެ އާބިޓްރަލް އެވޯޑް ތަންފީޒުކުރުމާ ގުޅޭގޮތުން ކުރަންޖެހޭ ކަންތައްތައްކަމާއި، އެ މަޢުޟޫޢުގައި އެނޫން ދަޢުވާތަކެއްކޮށ އެނޫން ކަންކަމާމެދު އާބިޓްރޭޝަންގެ ބޭރުން ގޮތް ކަނޑައެޅުމަކީ ކޮށްގެންވާނެ ކަމެއް ނޫންކަން ހަމަޖެހިފައިވާ ޤާނޫނުތަކާއި އިޖުރާއަތުތަކާއި އަދި ކަމާ ގުޅުންހުރި ޖުރިސްޕްރުޑެންސްއަށް ބެލުމުން އެނގެން އޮންނަކަމާއި " މި ފަދައިންނެވެ.
31. ސިވިލް ކޯޓުން ސަންގެ މައްޗަށް މި އަމުރު ނެރެފައިވަނީ ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-A/99 ޤަޟިއްޔާގައި، "ދެން ކުރިއަށް ގެންދަންވާނީ އެ އާބިޓްރަލް އެވޯޑް ތަންފީޒުކުރުމާ ގުޅޭގޮތުން ކުރަންޖެހޭ ކަންތައްތައްކަމާއި،" މިފަދައިން އޮތް އޮތުމުގެ މައްޗަށް ކަން އެ އަމުރު ކިޔާލުމުން އެނގެންއޮވެއެވެ. އެހެންނަމަވެސް ސުޕްރީމް ކޯޓުގެ މަޤުސަދަކީ އެ އެވޯޑެއް ބަލައިނުގަނެ އެ އެވޯޑު ތަންފީޒުކުރުމަށް ބާރު އެޅުމެއް ނޫންކަން އެނގެންއޮވެއެވެ. އެގޮތުން "ތަންފީޒުކުރުމާ ގުޅޭގޮތުން ކުރަންޖެހޭ ކަންތައްތައް" މިފަދައިން ބަޔާންކޮށްފައި އޮންނަ އޮތުމުން އޭގެ ތެރޭގައި އެ އެވޯޑު ބަލައިގަތުމުގެ މަރުޙަލާވެސް ހިމެނޭކަމަށް އަހުރެނ ސިވިލް ކޯޓުގެ ނަންބަރު CR4/CA/2021/6107-B5-144 ކޯޓު އަމުރުގެ 30 ވަނަ ނުކުތާ ސުޕްރިމް ކޯޓުގެ [2021] SC 77 ސަން ޓްރެވެލްސް އެންށ ޓުއަރސް ޕްރައިވެޓް ލިމިޓެޑް ވ ހިލްޓަން އިންޓަރނޭޝަނަލް މެނޭޖް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑް ސިވިލް ކޯޓުގެ ނަންބަރު CR4/CA/2021/6107-B5-144 ކޯޓު އަމުރުގެ
35. ސަން ޓްރެވެލްސ އެންޑް ޓުއަރޒް ޕްރައިވެޓް ލިމިޓެޑް ވ ހިލްޓަން އިންޓަރނޭޝަނަލް މެނޭޖް (މޯލްޑިވްސް) ޕްރައިވެޓް ލިމޓެޑި އަދި އިތުރު 1 ފަރާތް ޤަޟިއްޔާގެ 21 ވަނަ ނުކުތާގައި ފާހަގަކޮށްފައިވާ ފަދައިން ބިދޭސީ އެވޯޑެއް ބަލައިގަތުމުގައި އާބިޓްރޭޝަންގެ ޤާނޫނުގެ 31 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަންކަމަށް ފުރުސަތު ދެވެންޖޭހެނަކަމާއި، އެހެނީ އެ ފުރުސަތަކީ ޤާނޫނުން އެވޯޑާއެއްގޮތަށ ޢަމަލުކުރުން ލާޒިމްވާ ފަރާތަށް ލިއްބައިދޭ ފުރުސަތަކަށްވެފައި އެ ފުރުސަތު ދިނުމަށްފަހު އަދި ކޯޓުން އަމިއްލައަށް ކަށަވަރުކުރަންޖެހޭ ކަންކަން ކަށަވަރު ކުރުމަށްފަހު، ބިދޭސީ އެވޯޑު ބަލައިގަތުމަށް ނިންމާ ހިސާބަކީ އެ ބިދޭސީ އެވޯޑު ބަލައިގަންނަ ހިސާބުކަމުގއި އަހުރެންވެސް ދެކެމެވެ. ހަމައެއާއެކު ދިވެހިރާއްޖޭގައި ބިދޭސީ އާބިޓްރަލް އެވޯޑެއްގެ ނިންމުން ތަންފީޒުކޮށްދެވޭނީ، ކަމާބެހޭ ކޯޓުން ކުރާ އަމުރަކާ އެއްގޮތްވާގޮތުގެ މަތިންކަމަށް އާބިޓްރޭޝަން ގެ ޤާނޫނުގެ 32 ވަނަ މާއްދާގައި ބުނެފައި އޮންނަކަމުނަ، އެ އަމުރަކީ އެވޯޑު ބަލައިގަތް އަމުރު ކަމުގައިވެސް އަހު ރެނު
36. އެހެންކަމުން އިސްތިއުނާފުކުރެވިފައިވާ އަމުރުގައި އެވޯޑު ބަލައިގަތުމާއި، ތަންފީޒުކުރުމާ ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2021/HC-A/121,122,123,124 ޤަޟިއްޔާ އަދި ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-A/99 ޤަޟިއްޔާ ތަޠުބީޤުކޮށްފައިވަނީ ގޯސްކޮށް ކަމަށއާ އެވޯޑު ބަލައިގަތްކަމުގެ އަމުރެއް ނެތި، ތަންފީޒީ މަރުޙަލާ ނުފެށޭނ ކަމަށެ އަހުރެންނަށް ޤަބޫލުކުރެވޭކަމުން އިސްތިއުނާފުކުރެވިފައިވާ އަމުރު ސިވިލް ކޯޓުން ނެރެފައިވަނީ ގޯސްކޮށްކަމަށްވެސް ދެކެމެވެ. ވމީ އާ އަމުރަކީ ބާޠިލް އަމުރެއްކަމުގައި ކަނޑައަޅަންޖެހޭ ކަމަށް އަހުރެން ދެކެމެވެ. ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2021/HC-A/121,122,123,124 ޤަޟިއްޔާގެ ފަނޑިޔާރު ޙަސަން ޝަފީޢުގެ ރައުޔު އާބިޓްރަލް އެވޯޑު ބާޠިލްކުރުމަށް ހުށަހެޅުން
33. ބިދޭސީ އާބިޓްރަލް އެވޯޑެއް ބާޠިލް ކުރުމަށް ހުށަހެޅުމާ ގުޅިގެން ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ނަންބަރު 2020/SC-A/99 މި ޤަޟިއްޔާގައި ކޮންމެވެސް ވަރަކަށް އަލިއަޅުވާލާފައިވެއެވެ. އެގޮތުން އެ ޤަޟިއްޔާގެ 63 ވަނަ ނުކުތާގައި އަންނަނިވި ފަދައިން ބަޔާންކޮށްފައިވެއެވެ. " ދިވެހިރާއްޖޭގައި ތަންފީޒުކުރަންޖެހޭ އާބިޓްރަލް އެވޯޑެއް ބާޠިލްކުރުމަށް އެދި، އެ އެވޯޑު ކަނޑައެޅި އާބިޓްރަލް ޓްރައިބިއުނަލަށް ހުށަހެޅި މައްސަލައިގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން ފަރާތަކަށް ކޯޓަށް ހުށަހެޅިދާނެއެވެ. އަދ އާބިޓްރަލް އެވޯޑެއް ބާޠިލްކުރެވޭނެ ދެ ޙާލަތެއް (ދިވެހިރާއްޖޭގެ އާބިޓްރޭޝަން ޤާނޫނުގި63 ވަނަ މާއްދާގައި ބުނެއެވެ. އާބިޓްރަލް އެވޯޑެއް ބާޠިލްކުރުމަށް އދ ކޯޓަށި ހުށަހެޅޭނީ އެ އެވޯޑުދިނ ތާރީޚުން ފެށިގެން 2 (ތިނެއް) މަސް ދުވަސް ހަމަވުމުގެ ކުރިންނެވެ. އަދި އެ މުއްދަތަ ހަމަވުމަށްފަހު، އެ އެވޯޑު ބާޠިލްކުރެވޭނެއެވެ."
30. ބަޔާންވެދިޔަ ސުޕްރީމް ކޯޓުގެ ޤަޟިއްޔާއަކީވެސް އިސްތިއުނާފުކުރެވިފައިވާ މައްސަލައިގައި ހ މނޭ ޚަސްމުންގެ އާބިޓްރޭޝަނާ ގުޅޭ މައްސަލައެއްކަމުންނާއި، އެ މައްސަލައިގެ ތެރެއިން އެވޯޑު ބާޠިލް ކުރުމާ ގުޅޭގޮތުން ސުޕްރީމް ކޯޓުން ދިވެހިރާއްޖޭގެ ޤާނޫނަށް ޙަވާލާދީ "ދިވެހިރާއްޖޭގައި ތަންފީޒުކުރަންޖެހޭ އާބިޓްރަލް އެވޯޑެއް ބާޠިލްކުރުމަށް" މިފަދައިން ބަޔާންކޮށް، ދިވެހިރާއްޖޭގެ އާބިޓްރޭޝަން ޤާނޫނަށް ޙަވާލާދީ އެ ޤާނޫނުގައިވާ ގޮތުގެ މަތިން ބާޠިލްކުރުމަށް އެދެވިދާނެކަމަށް ބުނެފައި އޮންނަކަމުން، ބިދޭސީ އާބިޓްރަލް އެވޯޑުތަކުގެ ތެރެއިން އެ އެވޯޑަކީ ދިވެހިރާއްޖޭގައި ތަންފީޒުކުރަންޖެހޭ އެވޯޑެއްނަމަ އެ އެވޯޑު ބާޠިލްކުރުމަށް ދިވެހިރާއްޖޭގު އާބިޓްރޭޝަން ޤާނޫނުގައި ބުނާ ކޯޓަކަށް ހުށަހެޅުމުގައި އެއް ވެސް ހުރަހެއް ނެތްކަމުގައި އަހުރެން ދެކެމެވެ. ސުޕްރިމް ކޯޓުގެ [2021] SC 77 ސަން ޓްރެވެލްސް އެންށ ޓުއަރސް ޕްރައިވެޓް ލިމިޓެޑް ވ ހިލްޓަން އިންޓަރނޭޝަނަލް މެނޭޖް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑް
33. ކަން މިހެން ހުރި ނަމަވެސް، ސަންގެ ފަރާތުން އާބިޓްރަލް އެވޯޑު ބާޠިލްކުރުމަށް ދިވެހިރާއްޖޭގެ ކޯޓަކަށް އަދި އެހެން ކޯޓަކަށްވެސް ހުށަހަޅާފައިނުވާ ކަން އެނގެން އޮންނަކަމުން އެ އެވޯޑު ބާޠިލްކުރުމުގެ ފުރުޞަތެއް ސަން އަށް މިހާރު މި މަރުޙަލާގައި އޮތްކަމަށް ނުދެކެމެވެ.
22. އަހުރެންގެ ރައުޔުގެ 36 ވަނަ ނުކުތާގައި އިސްތިއުނާފުކުރެވިފައިމިވާ އަމުރަކީ ބާޠިލް އަމުރެއްކަމަށް ކަނޑައަޅަންޖެހޭ ކަމަށް ފެންނަށްކަމަށ ބުނެފައިވާކަމުން އިސްތިއުނާފު ކުރާ ފަރާތުން ހުށަހެޅި އެހެން އިސްތިއުނާފީ ނުކުތާތަކަށް އިތުރަށް ވާހަކަދައްކާނެ ތަނެއް ނެތް ކަމަށް ދެކެމެވެ. ފަނޑިޔާރު މުޙައްމަދު ނިޔާޒްގެ ރައުޔު:
23. އިސްތިއުނާފުކުރެވޭ އަމުރު ނެރުމުގައި ހައިކޯޓުގެ ނަންބަރު 2021/HC-A/121,122,123,124 ޤަޟިއްޔާގައި ނިންމާފައިވާ ނިންމުމުގެ ތަފާތުވި ރައުޔު ތަޠުބީޤުކޮށްފައިވާކަމަށ ބުން ހުށަހެޅި ނުކުތާއަށްބަލާއިރު، މިއީ ހައިކޯޓުގެ ދެންނެވި ޤަޟިއްޔާ ދިރާސާކުރުމަކާއ ނުލައި މަތިމަތިން ކިޔާލައިގެން ވަގުތު ދުއްވާލުމުގ ގޮތުނެ އިސްތިއުނާ ފ ކުރުމުގު ސަބަބެއް އުފެއްދުމުގެ ގޮތުން ފާހަގަ ކުރި ނުކުތާއެއްކަމަށް އަހުރެންނަށް ޤަބޫލު ކުރެވެއެވެ. އެހެނީ، ޙަވާލާދޭ ހައިކޯޓުގެ ޤަޟިއްޔާތަކުގައި، ބިދޭސީ އެވޯޑް ބަލައިގަތުމާއި ތަންފީޛު ކުރުމަކީ ދެ މަރުޙަލާކަމަށް އަޣުލަބިއްޔަތު ލިބިފައިވަނީ އެއީ ދިވެހިރާއްޖޭގެ އާބިޓްރޭޝަނުގެ ޤާނޫނު އޮތް ގޮތުގެ މައްޗަށެވެ. އިސްތިއުނާފު ކުރާ މައްސަލައިގައި ހިމެނޭ އާބިޓްރަލް އެވޯޑް މިހާރު ރިކޮގްނައިޒް (recognize) ކުރެވިފައިވާ ކަމަށް މިދެންނެވި ހައިކޯޓުގެ ޤަޟިއްޔާތަކުގެ އަޣުލަބިއްޔަތުން ކަނޑައަޅާފައި އެބަ އޮތެވެ. އެހެންކަމުން، ސަން ޓްރެވެލްގެ ފަރާތުން މިކޯޓަށް ގެނެސްގެން މިއުޅޭ މައްސަލައިގައި ވާހަކަ ދެކެވޭ އާބިޓްރަލް އެވޯޑަކީ މިހާރު ދިވެހިރާއްޖެގެ ކަމާބެހޭ ކޯޓުން ބަލައިގަނެ (recognize) ފައިވާ އެވޯޑެއްކަމަށް އެވަނީ ދިވެހިރާއްޖޭގެ ހައިކޯޓުން ކަނޑައެޅިފައެވެ. ވީމާ، ދެން މި އެވޯޑާއި ގުޅު ވައި ޤާނޫނު އޮތީ، އެ ހެނޭ މިހެނ ކިޔައިގެން ވާހަކަތަކެއް ދެއްކޭނެ ފުރުޞަތެއް ނެތެވެ. ދެން ކަމާއިބެހޭ ކޯޓަށް އޮތީ ތަންފީޛު (enforce) ކުރުމެވެ. ސިވިލް ކޯޓުން ކުރި ކަމަކީ އެކަމެކެވެ. އެކަމަށް މިކޯޓުން ހުރަސްއެޅިގެން ނުވާނެއެވެ.
23. އަހުރެން މިބަޔާން ކުރި ނުކުތާއާއި ގުޅޭ ގޮތުން، މަތީގައި ޙަވާލާ ދެވުނު، ހައިކޯޓުގެ ޤަޟިއްޔާތަކުގެ އަޣުލަބިއްޔަތުން މި އާބިޓްރަލް އެވޯޑް ބަލައިގަނެ (recognized) ފައިވާ ކަމަށް އަހުރެން މިބުނަނީ، އަންނަނި ނުކުތާތައް އެހެން ހުރީމައެވެ. ޙަވާލާދެވޭ ޤަޟިއްޔާތަކުގެ 35 ވަނަ ނުކުތާގައި ފަނޑިޔާރު ޙުސައިން މަޒީދުގެ ރަޢުޔުގައި؛ ".... އެހެންކަމުން، މިމައްސަލާގައި އެވޯޑް ބަލައިގަނެ ތަންފީޒުކުރުން މަޑުޖައްސާލަންޖެހޭ ޤާނޫނީ ސަބަބެއް އޮތްކަން މިހިނދަށް ފެންނާކަށް ނެތެވެ." މިހެން ބަޔާން ކޮށްފައި އޮތް އޮތުމާއި،33 ވަނަ ނުކުތާގައި "...އެ އެވޯޑް ތަންފީޒުކުރުމުގެ ޤާނޫނީ އިޖުރާއަތު ސިވިލް ކޯޓުން އިސްފަސްވެފައިވެއެވެ. ނަމަވެސް އެ އިޖުރާއަތުތައް އިސްފަސްވެފައި ވުމަކީ މިމައްސަލާގައި ބިދޭސީ އެވޯޑް ތަންފީޒުކުރުމުގެ އިޙްތިޞާޞް ލިބިގެންނުވާކަމުގައި ބެލޭނެ ކަމެއު ކަމުގައި ނުދެކެމެވެ." މިފަދައިން ބަޔާން ކޮށްފައި އޮތްއިރު، ހަމަ މިޤަޟިއްޔާގެ 333 ވަނަ ނ ކުތާގައ ފަނޑިޔާރި ފާޠިމަތު ފަރިހީޒާގ ރައުޔުގައި؛ " އެހެންކަމުން، އިސްތިއުނާފުކުރެވޭ އަމުރުތައް ނެރެވިފައިވަނީ އާބިޓްރޭޝަނުގެ ޤާނޫނުގެ ދަށުން ރެސިސްޓް ކުރުމުގެ ފުރުސަތު އިސްތިއުނާފު ކުރާ ފަރާތަށް ލިބުމެއ ނެތް ކަމުގައިވީނަމަވެސް، އޭގެ ފަހުގެ މަރުޙަލާއެއްގައި އެކަމާމެދު އިސްތިއުނާފު ކުރާ ފަރާތުން ދެއްކި ވްހަކަތަކުގެ މައްޗަށް ބިނާކޮށް ތަންފީޛުކުރުމަށް އެދިފައިވާ އާރބިޓްރަލް އެވޯޑތައ ބަލައިގަތުމަށް ހުރަސް އެޅް ނ ކަމެއް ނެތްކަމަށް ސިވިލް ކޯޓުން ނިންމާފައިވެއެވެ. އެހެންކަމުން، އާބިޓްރަލް އެވޯޑް ބަލައިގަތުމާ މެދު އެކޯޓުން މިހާރު ވަނީ ގޮތެއް ކަނޑައެޅިފައިކަމަށ ދެކެމެވ. އިސްތިއުނާފުކުރެވިފައި އަމުރު ނެރުމުގެ އިޖުރާއަތު ގޯސްފައިވުމުން ހަމައެކަނި އެއިޖުރާއަތު ރަނގަޅުކުރުމުގެ ބޭނުމުގައި އިސްތިއުނާފު ކުރެވިފައިވާ އަމުރުތައް މިހާރު ބާޠިލްކުރުމުން ހިނގަމުންދާ ތަންފީޛު މައްސަލަ އިތުރަށް ލަސްވުން ފިޔަވައި އިތުރު ޙައްލެއް ލިބިގެންދާނެ ކަމުގައި ނުފެންނާތީ އިސްތިއުނާފުކުރެވިފައިވާ އަމުރުތައް ބާޠިލްކުރަންޖެހޭ ކަމުގައި ނުދެކެމެވެ." މިފަދައިން ބަޔާން ކޮށްފައިވެއެވެ. އަދ 333 ވަނަ ނުކުތާގައި، "...އެހެންނަމަވެސް، އެއަމުރު ނެރެވުނ މައުޟޫޢު ޤަޟިއްޔާގައި، އާބިޓްރޭޝަނުގެ ޤާނޫނުގެ31 ވަން މާއްދާގަ ދަށުން ވާހަކަދެއްކުމުގެ ފުރުސަތު އިސްތިއުނާފު ކުރާ ފަރާތަށް ލިބި ފާހަގަކުރި ކަންތައްތަކާ ގުޅިގެން ތަންފީޛުކުރުމަށް އެދިފައިވާ އާބިޓްރަލް އެވޯޑްތައ ބަލައިގަތުމަށް ނުވަތް ތަންފީޛުކުރުމަށް ހުރަސްއެޅޭ ފަދަ ކަމެއް ނެތް ކަމަށް ނިންމާފައިވާތީ މިހިނދުގައި އެއަމުރުތައް ބާޠިލުކުރާނެ ތަނެއް ނެތްކަމަށް ދެކެމެވެ...." މިފަދައިން ބުނެފައިވެއެވެ.
22. މިއިން އެނގެނީ، މިހާރު ހުށަހެޅިފައިވާ މައްސަލައިގައި ހިމެނޭ އާބިޓްރަލް އެވޯޑާމެދ ވާހަކު ދައްކައި، ރެސިސްޓް (resist) ކުރުމުގެ ފުރުޞަތު ދެވިފައިވާކަމަށް ހައިކޯޓުނވެސް ބުނެފައި އޮތްކަމެވެ. އެހެންކަމުން، ހައިކޯޓުގެ ބަޔާންވެދިޔަ ޤަޟިއްޔާތަކުގެ އަޣުލަބިއްޔަތނު މިމައްސަލައިގައި ހިމެނޭ އާބިޓްރަލް އެވޯޑާމެދު ނިންމި ގޮތް ނުހަނު ސާފެވެ. އެއީ، އެއެވޯޑަކީ، މިހާރު ރިކޮގްނައިޒް ކުރެވިފައިވާ އެވޯޑެއް ކަމެކެވެ. ވީމާ، ދެން ކަމާބެހޭ ކޯޓަށް އޮތީ، އެއެވޯޑ ތަންފީޛް ކުރުމެވެ. މިދަޢުވާ ކަމެބެހޭ ކޯޓުން ހިންގުމުގައި، އިތުރު ތަންފީޛީ ފިޔަވަޅުތައް އެޅުމުގެ ކުރިން އާބިޓްރޭޝަނުގެ ޤާނޫނުގެ 32 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ ފަދަ އަމުރެއް ނެރެވާނ ކަމަށެ ދެކޭކަމަށް ފަނޑިޔާރު ފާޠިމަތު ފަރްހީޒާގެ ރަޢުޔުގައ ބަޔާނި ކުރެއެވެ. އެއީ، ހުށަހެޅިފައިވާ މައްސަލައިގައި ހިމެނޭ އާބިޓްރަލް އެވޯޑް މިހާރު ރިކޮގްނައިޒް ކުރެވިފައި އޮތްކަމަށް ހައިކޯޓުގެ މިދެންނެވި ޤަޟިއްޔާތަކުގެ އަޣުލަބިއްޔަތުން ކަނޑައެޅި ކަނޑައެޅުން އެހެން ގޮތަކަށް ބަލަދު ކުރާނެ ކަމެއް ނޫނެވެ.
21. ވީމާ، އިސްތިއުނާފު ކުރެވިފައިވާ މައްސަލައިގައި ހިމެނޭ އާބިޓްރަލް އެވޯޑްގެ މައްޗަށް ދެ މަރުޙަލާ ހިންގަންޖެހޭތޯ ނުވަތަ ނޫންތޯ އެއީ މިހާރު އިތުރަށް ބަހުޘްކޮށް ވަގުތުތައް ދުއްވާލަން ފުރުޞަތުދެވޭނެ މައުޟޫއެއް ނޫނެވެ. ހައިކޯޓުން މިމަޢުޟޫގައި އިތުރު ވާހަކަތައް ދައްކަން ފުރުޞަތު ހުޅުވާލި ހުޅުވާލުމަކީ، ކޯޓް ޕްރޮސެސް އެބްޔޫޒް ކުރުމަށު ދިން ފުރުޞަތެއްގ ގޮތުގައެ ނޫނީ އަހުރެން ނުދެކެވެ. ސަންޓްރެވަލްއަށީ އޭރު އަޞްލުއޮތް ފުރުޞަތަކީ ހައިކޯޓުގެ ބަޔާންވެދިޔަ ޤަޟިއްޔާތައް ސުޕްރީމް ކޯޓުގައި އިސްތިއާ ނާފު ކުރުމެވެ. ނަމަވެސް އެކަން ކޮށްފައި އޮތްކަން އެނގޭކަށް ނެތެވެ. ދެން ދަށު ކޯޓުން ތަންފީޛު ކުރަން އަޅާ ހަމް ކޮންމެ ފިޔަވަޅަކާއި ގުޅިގެން، ދިވެހިރާއްޖޭގައި ބޭރު އާބިޓްރަލް އެވޯޑް ތަންފީޛު އޮންނަނީ، ދެމަރުޙަލާއޭ ކިޔައިގެން މި އާބިޓްރަލް އެވޯޑާއ ގުޅުވައީހަމަ ނޫން ބެރެއް ޖަހަމުން އަންނަ ކޮންމެ ފަހަރަކު، އެބެރަށ ހައިކޯޓުން ފައިހަމކުރުމަކ، އިންޞާފު ލިބުމަށްއެދިއެދި ބަލަންތިބި މީހުންނަށް ދެކެން ރީތި މަންޒަރެއް ކަމުގައި އަހުރެން ނުދެކެމެވެ. އަދި އާބިޓްރޭޝަނެއްގެ މަޤްޞަދު މުޅިން ނެތިގެންދާނެ ކަމެކެވެ.
25. މިސަބަބަށްޓަކައި، ސަންޓްރެވަލްގެ ފަރާތުން މިހާރު ހުށަހަޅާފައިވާ މައްސަލައަކީ، މިކޯޓަށް ހުށަހަޅައިގެން ކުރިއަށް ގެންދެވޭނެ މައްސަލައެއްކަމަށް އަހުރެންނަށް ބުރަނުވޭތީ، މިމައްސަލައަކީ، އޭގެ ޒާތުން ބާޠިލުކުރަންޖެހޭ މައްސަލައެއްކަމަށް އަހުރެން ކަނޑައަޅަމެވެ.
ފަނޑިޔާރު ޙުސައިން ޝަހީދުގެ ރައުޔު
26. މި މައްސަލައިގައި ފަނޑިޔާރު މުޙައްމަދު ފައިޞަލްގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ޤާނޫނު ނަންބަރު 10/2013 (އާބިޓްރޭޝަނުގެ ޤާނޫނު) - ލިޔުމުގައި 31، 32، 33، 60 އަދި 63 ވަނަ މާއްދާތަކަށް ޙަވާލާދީފައި (ނަންބަރުތައް ދިމާ ބަދަލުވެފައިވާ ކަމަށް ހީވޭ)
- Convention on the Recognition and Enforcement of Foreign Arbitral Awards (New York Convention)
- ދިވެހިރާއްޖޭގެ ހައިކޯޓުގެ 2021/HC-A/121، 122، 123، 124 ޤަޟިއްޔާ (ސަން ޓްރެވެލްސް އެންޑް ޓުއަރޒް ޕްރައިވެޓް ލިމިޓެޑް ވ ހިލްޓަން އިންޓަރނޭޝަނަލް މެނޭޖް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑް އަދި އިތުރު 1 ފަރާތް)
- ދިވެހިރާއްޖޭގެ ހައިކޯޓުގެ 2021/HC-A/284 ޤަޟިއްޔާ (މުތާފުށި އޮރިއެންޓް އިންވެސްޓްމެންޓްސް ލިމިޓެޑް ވ އަވިސްޓަރ އެސެޓް މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑް)
- ދިވެހިރާއްޖޭގެ ހައިކޯޓުގެ 2017/HC-A/237 ޤަޟިއްޔާ
- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ 2020/SC-A/99 ޤަޟިއްޔާ ([2021] SC 77 ސަން ޓްރެވެލްސް އެންޑް ޓުއަރސް ޕްރައިވެޓް ލިމިޓެޑް ވ ހިލްޓަން އިންޓަރނޭޝަނަލް މެނޭޖް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑް)
ޝަރީޢަތުގެ ވީޑިއޯ
ހައިކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.