ސަން ޓްރެވަލްސް އެންޑް ޓްއަރސް ޕްރައިވެޓް ލިމިޓެޑް ވ. ހިލްޓަން އިންޓަރނޭޝަނަލް މެނޭޖް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑް
ޚުލާޞާ
ޚުލާޞާ ނެތް.
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- —
- ފަހުގެ ތާރީޚު
- —
ނިންމުން
—
ކޯ ޓާމްސް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
މި ލިޔުމުން އުޞޫލެއް ނުނެގުނު.
ފަނޑިޔާރުން
- ބެންޗު
- —
- ޚިލާފު ރައުޔު
- ނެތް
ޝަރީޢަތުގެ ވީޑިއޯ
ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.
ސަން ޓްރެވަލްސް އެންޑް ޓުއަރޒް ޕްރައިވެޓް ލިމިޓެޑް ވ. ހިލްޓަން އިންޓަރނޭޝަނަލް މެނޭޖް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑް[2021] SC 77
އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާންގެ ރައުޔު (ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު އަދި ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރު ތާއީދު ކުރައްވާފައި)
ތަޢާރުފު
މިއީ، ސިވިލް ކޯޓުގެ ނަންބަރު 2016/Cv-C/2283 ޤަޟިއްޔާއިން ނިންމާފައިވާ ނިންމުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން، އެ މައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު237/HC-A/2017 ޤަޟިއްޔާ ނިންމާފައިވާ ގޮތާމެދު ހިތްހަމަ ނުޖެހިގެން ސަން ޓްރެވަލްސް އެންޑް ޓުއަރސް ޕްރައިވެޓް ލިމިޓެޑް (ކުންފުނި ރަޖިސްޓްރޭޝަން ނަންބަރު: 90/16-C) (މީގެ ފަހުން "ސަން" ނުވަތަ "އިސްތިއުނާފު ކުރާ ފަރާތް") ގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އެ މައްސަލަ އިސްތިއުނާފުކުރުމުން ބެލި ޤަޟިއްޔާއެވެ. މި މައްސަލައިގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ ހިލްޓަން އިންޓަރނޭޝަނަލް މެނޭޖް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑް (ކުންފުނި ރަޖިސްޓްރޭޝަން ނަންބަރު: C-365/2008) (މީގެ ފަހުން "ހިލްޓަން" ނުވަތަ "އިސްތިއުނާފު ރައްދުވާ ފަރާތް") އެވެ.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ސަންއިން އިސްތިއުނާފުކުރީ ދިވެހިރާއްޖޭގެ ހައިކޯޓުން އެ ކޯޓުގެ ނަންބަރު 237/HC-A/2017 ޤަޟިއްޔާ ނިންމުމުގައި ]ދިވެހިރާއްޖޭގެ[ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 12 ވަނަ މާއްދާއާއި 13 ވަނަ މާއްދާއާއި 16 ވަނަ މާއްދާއަށް ރިޢާޔަތް ކޮށްފައިނުވާތީވެ އެ ނިންމުން ރަނގަޅު ނޫންކަމަށް ބުނެއެވެ. މި މައްސަލައިގައި ސަންގެ ފަރާތުން ބުނަނީ ސަންއާއި ހިލްޓަންއާ ދެމެދު ވެފައިވާ "މެނޭޖްމަންޓް އެގްރީމަންޓް"ގައި ސޮއިކުރުވާފައިވަނީ ހަޤީޤަތާ ޚިލާފު އެއްޗެއް ނުވަތަ ކަމެއް އެއީ ތެދުކަމުގައި ދައްކައިގެން ކަމަށްވުމުން، އެ މެނޭޖްމަންޓް އެގްރީމަންޓަކީ، ]ދިވެހިރާއްޖޭގެ[ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 12 ވަނަ މާއްދާއާއި، 16 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، އެ ޤާނޫނުގެ 13 ވަނަ މާއްދާގެ ދަށުން އެއަށް ޢަމަލުކުރެވެން ނެތް، ބާޠިލު ކޮންޓްރެކްޓެއް ކަމަށެވެ.
މައްސަލައިގައި ކަންހިނގާފައިވާ ގޮތް
މެނޭޖްމަންޓް އެގްރީމަންޓް
ސަންއިން ތަރައްޤީކޮށްފައިވާ އިރުފުށި ބީޗް އެންޑް ސްޕާ ރިޒޯޓު ("ރިޒޯޓު") ހިންގުމާ ގުޅޭ ގޮތުން، ސަން އާއި ހިލްޓަންއާ ދެމެދު، މާރިޗު 2009 ގައި، މެނޭޖްމަންޓް އެގްރީމަންޓް އެއްގައި ސޮއިކޮށްފައިވެއެވެ. އެ މެނޭޖްމަންޓް އެގްރީމަންޓް އެކުލަވާލީ ދެފަރާތުގެ ދެމެދުގައި ވާހަކަ ދެކެވި، ލިޔެކިޔުންތައް ބަދަލުކުރެވި، ފައިނޭންޝަލް ޕްރޮޖެކްޝަންސް ހުށަހަޅައި، އެ ހުށަހެޅުން ތަކަށް އިސްލާޙްތައް ގެނެވި، ދެފަރާތުގެ ވަކީލުންގެ ޤާނޫނީ ލަފާގެ މަތިންނެވެ.
މެނޭޖްމަންޓް އެގްރީމަންޓް އެކުލެވިގެންވަނީ 21 މާއްދާގެ މައްޗަށެވެ. އަދި މި އެގްރީމަންޓް ލިޔެފައިވަނީ އިނގިރޭސި ބަހުންނެވެ. މެނޭޖްމަންޓް އެގެރީމަންޓާއި މެނޭޖްމަންޓް އެގްރީމަންޓާއެކު ހިމެނިފައިވާ އެހެނިހެން ލިޔުންތަކަށް ބަލާއިރު، ލިޔުން ތަކުގައި ޖުމްލަ 104 (އެއްސަތޭކަ ހަތަރެއް) ގަނޑު ހިމެނެއެވެ.
މެނޭޖްމަންޓް އެގްރީމަންޓްގެ ރިސައިޓްލްސް (Recitals) އަށް ބަލާއިރު، ރިސައިޓަލްސްގައި ބުނަނީ:
RECITALS
Owner is willing to commence and complete the Property Improvement Plan upon the terms and conditions set out in this Agreement.
Manager is willing to provide certain development services relating to the Property Improvement Plan and to prepare the Hotel for operation under the Brand and upon the terms and conditions set out in this Agreement.
Owner and Manager have agreed to enter into an agreement for such services and for the appointment of Manager as manager to manage the operation of the Hotel, upon the terms and conditions set out in this Agreement.
މިފަދައިންނެވެ. ސަންއާއި ހިލްޓަންއާ ދެމެދު ވެފައިވާ މެނޭޖްމަންޓް އެގްރީމަންޓްއަށް ބަލާއިރު، އެ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ޝަރުޠުތަކާ އެއްގޮތްވާގޮތުގެމަތިން މަސައްކަތްތަކެއް ކުރުމަށް ދެފަރާތުން އެއްބަސްވެފައިވާކަން އެނގެންއޮވެއެވެ. އަދި އެ އެއްބަސްވުމާ ގުޅިގެން ދެފަރާތުގެ ދެމެދު އުފެދޭ ޚުޞޫމަތްތައް އާބިޓްރޭޝަނުން ޙައްލުކުރުމަށާއި މެނޭޖްމަންޓް އެގްރީމަންޓްގެ މައްޗަށް ތަޠުބީޤުވާނީ އިންގްލަންޑް އަދި ވޭލްސްގެ ޤާނޫނު (the laws applicable in England and Wales) ކަމަށް އެއްބަސް ވެފައިވެއެވެ.
ސަންއާއި ހިލްޓަންއާ ދެމެދު އުފެދުނު ޚުޞޫމަތް
މެނޭޖްމަންޓް އެގްރީމަންޓް ކުރުމުގެ ކުރިން، 2008 ވަނަ އަހަރުގެ ފަހުކޮޅު ނުވަތަ 2009 ވަނަ އަހަރުގެ ކުރީކޮޅު، ހިލްޓަންގެ އޭޝިޔާ ޕެސިފިކްގެ ތަރައްޤީއާބެހޭ ނައިބު ރައީސް މިސްޓަރ ގައި ފިލިޕްސް(Mr. Guy Phillips)، ސަންގެ މެނޭޖިންގ ޑިރެކްޓަރު އަލްފާޟިލް ޢަޙްމަދު ސިޔާމް މުޙައްމަދަށް ގުޅައި ހިލްޓަން އިންޓަރނޭޝަނަލް ބްރޭންޑުގެ ދަށުން ރިޒޯޓެއް ހިންގުމުގެ ޝައުޤުވެރިކަން ފާޅުކޮށްފައިވާކަމަށް ސަންއިން ބުނެއެވެ. ދެފަރާތުގެ ދެމެދު ކުރެވުނު މަޝްވަރާއަށް ފަހު، 06 ފެބުރުވަރީ 2009 ގައި، މިސްޓަރ ގައި ފިލިޕްސްގެ ފަރާތުން އަލްފާޟިލް އަޙްމަދު ސިޔާމް މުޙައްމަދަށް އީމެއިލްއެއް ފޮނުވާފައިވެއެވެ. މި އީމެއިލާ އެކު، ހިލްޓަންގެ ފަރާތުން ރިޒޯޓު ހިންގައިފިނަމަ ކުރިއަށް އޮތް 5 އަހަރު ދުވަހުގެތެރޭގައި ރިޒޯޓުގެ ފައިނޭންޝަލް ފްރޮޖެކްޝަންސް ހުންނާނެގޮތް ބުނެދޭ ލިޔުމެއް ("އިނީޝަލް ޕްރޮޖެކްޝަންސް") ހިމަނާފައިވެއެވެ. އިނީޝަލް ޕްރޮޖެކްޝަންސްގައި 2010 ވަނަ އަހަރުން ފެށިގެން 2014 ވަނަ އަހަރުގެ ނިޔަލަށް ރިޒޯޓުގެ އޮކިއުޕަންސީ ރޭޓާއި، އެވަރެޖް ރޫމް ރޭޓް އަދި ގްރޮސް އޮޕަރޭޓިންގ ޕްރޮފިޓް ހުންނާނެ މިންވަރުގެ އަންދާޒާ ހިމަނާފައިވެއެވެ. މި ޕްރޮޖެކްޝަންސް އަކީ އެވަގުތު މާކެޓްގައި އަގުތައް ހުރި މިންވަރު މުރާޖަޢާކުރުމަށް ފަހު ތައްޔާރުކޮށްފައިވާ ޕްރޮޖެކްޝަންތަކެއް ނޫންކަމަށާއި، އެއީ ހިލްޓަންގެ ފަރާތުން ހިމަނާފައިވާ އަންދާޒާ އަގުތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ އިބްތިދާއީ ޕްރޮޖެކްޝަންތަކެއްކަމަށް ބަޔާންކޮށްފައިވެއެވެ. އެގޮތުން، މިސްޓަރ ފިލިޕްސް ފޮނުވި އީމެއިލްގައި އަންނަނިވި ކޯޝަނަރީ (cautionary) ޢިބާރާތް ބޭނުންކޮށްފައިއޮތެވެ.
“Please note that the projections are preliminary and based only on our view of the market without having reviewed the historic cost structures for each property”.
ޙަވާލާދެވުނު އިނީޝަލް ޕްރޮޖެކްޝަންސް ފޮނުވާފައިވަނީ ޑިސްކްލެއިމަރ (Disclaimer) އަކާވެސް އެކުއެވެ. މި ޑިސްކްލެއިމަރގައި ވަނީ އަންނަވި ޢިބާރާތެވެ.
FINANCIAL PROJECTION DISCLAIMER
“The information in this document is dated 4 February 2009 and is subject to updating, verification and amendment by Hilton Hotels (“Hilton”) from time to time. No reliance may be placed for any purpose whatsoever on the accuracy of the information contained in this document or on its completeness. No guarantee, representation or warranty, expressed or implied, is given by Hilton (or any member of its group, or any director, employee or officer of such companies) as to the accuracy or completeness of the information, opinion or beliefs contained in this document (including but not limited to any information opinions obtained from published sources prepared by parties other than Hilton) and no responsibility, duty or liability is accepted by any of them for any such information, opinions or beliefs.
Any views or opinions expressed and any projections, forecasts, estimates or statement relating to expectations regarding future events, possible plans or proposals in this document reflect Hilton’s own assessment and interpretation of information available to it as at the date of this document. No representation is made or assurance or guarantee given that such projections, forecasts, estimates or statements are correct or that these events, plans or proposals will be achieved. You must determine for yourself what reliance (if any) you should place on such projections, forecasts, estimates or statements and no responsibility, duty or liability is accepted by Hilton (or any member of its group, or any director employee or officer of such companies) for any such projections, forecasts, estimates or statements. You should take your own independent legal and professional advice before making any legal or financial commitment.
This document is strictly confidential and must not be copied, disclosed or otherwise made available to any other party without the prior written consent of Hilton.”
މި ޑިސްކްލެއިމަރގައި ހިމެނޭ މަޢުލޫމާތަކީ 2009 ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 04 ވަނަ ދުވަހާ ހަމައަށް ނަގާފައިވާ މަޢުލޫމާތެއްކަމާއި އެ މަޢުލޫމާތަކީކާއި އެ މަޢުލޫމާތު އަޕްޑޭޓްކޮށް ބަދަލުވުމުގެ އިޙްތިމާލު އޮތް މަޢުލޫމާތެއްކަން މި ޑިސްކްލެއިމަރ އަށް ބެލުމުން އެނގެން އޮވެއެވެ. އަދި މި މަޢުލޫމާތަކީ ހިލްޓަންގެ އަމިއްލަ ޚިޔާލާއި ފިކުރުގެ މައްޗަށް ތައްޔާރުކޮށްފައިވާ މަޢުލޫމާތުކަމާއި، މި މަޢުލޫމާތުގެ ޞައްޙަކަމުގެ މައްޗަށް ހިލްޓަންގެ ފަރާތުން އެއްވެސް ގެރެންޓީއެއް ނުވަތަ ޔަޤީންކަމެއް ނުދޭކަމަށާއި، މި ޕްރޮޖެކްޝަންތަކާމެދު ފެންނަގޮތެއް އިޚްތިޔާރުކުރުމަކީ އެފަރާތެއްގެ އަމިއްލަކަމެއް ކަމަށާއި، ހިލްޓަންއިން ހުށަހަޅާފައިވާ ޕްރޮޖެކްޝަންތަކުގެ މައްޗަށް ބަރޯސާވެ މާލީ ނިންމުމެއް ނިންމުގެކުރިން އަމިއްލައަށް އިޚްތިޔާރުކުރާ ފަންނީ އަދި ޤާނޫނީ ފަރާތަކުން ލަފާ ހޯދުމަށް ހިލްޓަންގެ ފަރާތުން އެދިފައިވާކަން އެނގެން އޮވެއެވެ.
ހިލްޓަންގެ ފަރާތުން ހުށަހެޅި އިނީޝަލް ޕްރޮޖެކްޝަނާމެދު ސަންގެ ކަންބޮޑުވުންތަކެއް ހުރުމުން، ސަންއިން ފާހަގަކުރި ކަންކަން ހިމަނައިގެން އިނީޝަލް ޕްރޮޖެކްޝަންސް މުރާޖަޢާކޮށް، އައު އަންދާޒާތަކެއް ("ރިވައިޒްޑް ޕްރޮޖެކްޝަންސް") ހިލްޓަންގެ ފަރާތުން ހުށަހަޅާފައިވެއެވެ. މިގޮތުން، ހިލްޓަންގެ ފަރާތުން ހުށަހެޅި ރިވައިޒްޑް ޕްރޮޖެކްޝަންސްގައި އޮކިއުޕަންސީ ހުންނާނެވަރު ވަނީ އިތުރުކޮށްފައެވެ. އަދި ކޮޓަރި ވިއްކާ އެވްރެޖް އަގާއި ރިޒޯޓު ހިންގައިގެން ލިބޭނެ ކަމަށް ލަފާކުރާ ފައިދާ ވެސް އިނީޝަލް ޕްރޮޖެކްޝަންސްއަށް ވުރެ ބޮޑެވެ. ހިލްޓަންގެ ފަރާތުން އެންމެ ފުރަތަމަ ހުށަހެޅި އިނީޝަލް ޕްރޮޖެކްޝަންސްއާއެކު ޑިސްކްލެއިމަރއެއް ހިމަނާފައިވީނަމަވެސް، ރިވައިޒްޑް ޕްރޮޖެކްޝަންސްއާ އެކު ޑިސްކްލެއިމަރއެއް ހިމަނާފައެއް ނުވެއެވެ.
ސަންއާއި ހިލްޓަންއާ ދެމެދު އޮތް މެނޭޖްމަންޓް އެގްރީމަންޓްގެ މާއްދާތަކާ މެދު ދެ ފަރާތުގެ ލޯޔަރުންވެސް ހިމެނޭގޮތަށް، ނެގޯޝިއޭޓް (negotiate) ކުރުމަށް ފަހު މެނޭޖްމަންޓް އެގްރިމަންޓްގައި ސޮއިކުރީ13 މާރިޗު 2009 ގައެވެ. މެނޭޖްމަންޓް އެގްރީމަންޓްގެ ދަށުން ހިލްޓަންއާ ރިޒޯޓު ހަވާލުކުރީ01 މޭ 2009 ގައެވެ. އަދި ހިލްޓަން ބްރޭންޑްގެ ހޮޓަލެއްގެ ގޮތުގައި ރިޒޯޓު ހިންގަންފެށީ01 ޖުލައި 2009 ގައެވެ.
ހިލްޓަންގެ ފަރާތުން ސަންއަށް ދިން ޔަގީންކަމާ ގާތަށްވެސް، ހިލްޓަންއިން ރިޒޯޓު ހިންގައިގެން ނަތީޖާ ހާޞިލްވެފައި ނުވާކަމަށް ސަންއިން ބުނެއެވެ. މިގޮތުން، 2010، 2011 އަދި 2012 ވަނަ އަހަރުގެ ގްރޮސް އޮޕަރޭޓިންގ ޕްރޮފިޓް ހުރީ ހިލްޓަންގެ ފަރާތުން ދިން ޕްރޮޖެކްޝަންސް އަދި ބަޖެޓަށްވުރެ މާބޮޑަށްވެސް ދަށުގައި ކަމަށް ސަންއިން ބުނެއެވެ. އަދި ސަންގެ ފަރާތުން ކުރި އޮޑިޓްތަކަކަށް ފަހު، ހިލްޓަންއިން މެނޭޖްމަންޓް އެގްރީމަންޓާ ޚިލާފަށް ކޮށްފައިވާ ކަންކަން ފާހަގަކޮށް 09 ޖަނަވަރީ 2013 ގައި، ނޯޓިސް އޮފް ޑިފޯލްޓެއް (notice of default) ހިލްޓަންއަށް ފޮނުވާފައިވެއެވެ.
ނޯޓިސް އޮފް ޑިފޯލްޓުގައި ފާހަގަކޮށްފައިވާ ކަންކަން ހިލްޓަންއިން ރަނގަޅުކޮށްފައިނުވާތީ، މެނޭޖްމަންޓް އެގްރީމަންޓް ބާޠިލުކުރިކަން، ސަންގެ ފަރާތުން ހިލްޓަންއަށް، 30 އެޕްރީލް 2013 ގައި އެންގިއެވެ. މި އެންގުމާގުޅިގެން، ސަންއިން އެގްރީމަންޓް ބާޠިލުކޮށްފައިވަނީ މެނޭޖްމަންޓް އެގްރީމަންޓާ ޚިލާފަށް ކަމަށް ބުނެ ހިލްޓަންއިން ސަން އަށް، 02 މެއި 2013 ގައި، ސިޓީއެއް ފޮނުވިއެވެ. މި ސިޓީގައި، ހިލްޓަންގެ ފަރާތުން މެނޭޖްމަންޓް އެގްރީމަންޓްގެ ދަށުން އެއްވެސް އިލްތިޒާމެއް އިތުރަށް އަދާކުރަން ނުޖެހޭނެކަމަށް ފާހަގަކޮށްފައިވެއެވެ.
އަދި ސަންއާއި ހިލްޓަންއާ ދެމެދު އުފެދިފައިވާ ޚުޞޫމަތް، މެނޭޖްމަންޓް އެގްރީމަންޓްގައިވާ ގޮތުގެ މަތިން އާބިޓްރޭޝަނުން ހައްލުކުރުމަށް ހިލްޓަންއިން، 16 މެއި 2013 ގައި، އިންޓަރނޭޝަނަލް ޗެމްބަރ އޮފް ކޮމާރސް ("އައި.ސީ،ސީ.") ގެ އިންޓަރނޭޝަނަލް ކޯޓު އޮފް އާބިޓްރޭޝަނަށް މައްސަލަ ހުށަހެޅިއެވެ.
އާބިޓްރޭޝަން
ގެ ޓަރމްސް އޮފް ރިފަރެންސް
ރޫލްސް އޮފް އާބިޓްރޭޝަން އޮފް ދަ އިންޓަރނޭޝަނަލް ޗެމްބަރ އޮފް ކޮމާރސް ގެ އާޓިކަލް 23 ގެ ދަށުން ސަން އަދި ހިލްޓަންގެ ފަރާތުން ޓަރމްސް އޮފް ރިފަރެންސް ("ޓީ.އޯ.އާރު.") އެއް އެކުލަވާލައި އޭގައި ސޮއިކޮށްފައިވެއެވެ. މި ޓީ.އޯ.އާރު. ގައި ސޮއި ކުރީ 27 ސެޕްޓެންބަރު 2013 ގައެވެ. ޓީ.އޯ.އާރު.ގެ މައިގަނޑު ބޭނުމަކީ ދެފަރާތުގެ ދެމެދުގައި އުފެދިފައިވާ ޚުޞޫމަތް ދެފަރާތަށްވެސް ސާފުވުމާއި މި މައްސަލައިގެ އާބިޓްރޭޝަން ކުރިއަށް ގެންދާނެގޮތުގެ އުޞޫލު ކަނޑައަޅައި، އެކަމުގެ މައްޗަށް ދެފަރާތުން އެއްބަސްވުމެވެ.
ރޫލްސް އޮފް އާބިޓްރޭޝަން އޮފް ދަ އިންޓަރނޭޝަނަލް ޗެމްބަރ އޮފް ކޮމާރސް ގެ އާޓިކަލް (1)23 ގައި، މިގޮތުން ތައްޔާރުކުރާ ޓީ.އޯ.އާރު. އެއްގައި ހުންނަންޖެހޭ މަޢުލޫމާތު ބުނެދީފައިވެއެވެ. ޙަވާލާދެވުނު އާޓިކަލްގައިވާ ޢިބާރާތް ތިރީގައި މި ވަނީއެވެ.
Article 23: Terms of Reference
As soon as it has received the file from the Secretariat, the arbitral tribunal shall draw up, on the basis of documents or in the presence of the parties and in the light of their most recent submissions, a document defining its Terms of Reference. This document shall include the following particulars:
the names in full, description, address and other contact details of each of the parties and of any person(s) representing a party in the arbitration;
b) the addresses to which notifications and communications arising in the course of the arbitration may be made;
c) a summary of the parties’ respective claims and of the relief sought by each party, together with the amounts of any quantified claims and, to the extent possible, an estimate of the monetary value of any other claims;
d) unless the arbitral tribunal considers it inappropriate, a list of issues to be determined;
e) the names in full, address and other contact details of each of the arbitrators;
f) the place of the arbitration; and
g) particulars of the applicable procedural rules and, if such is the case, reference to the power conferred upon the arbitral tribunal to act as amicable compositeur or to decide ex aequo et bono.
އަދި ރޫލްސް އޮފް އާބިޓްރޭޝަން އޮފް ދަ އިންޓަރނޭޝަނަލް ޗެމްބަރ އޮފް ކޮމާރސްގެ އާޓިކަލް (4)23 ގައި، ޓީ.އޯ.އާރު. ގައި ސޮއިކުރުމަށްފަހު ޓީ.އޯ.އާރު. ގައި ބުނާ ކްލެއިމް ތަކުގެ އިތުރަށް އެހެން އެއްވެސް ކްލެއިމްއެއް، އާބިޓްރަލް ޓްރައިބިއުނަލްގެ ހުއްދައާއެކު މެނުވީ ހުށަނޭޅޭނެކަމަށް ބަޔާންކޮށްފައިވެއެވެ. ރޫލްސް އޮފް އާބިޓްރޭޝަން އޮފް ދަ އިންޓަރނޭޝަނަލް ޗެމްބަރ އޮފް ކޮމާރސްގެ އާޓިކަލް (4)23 ގައިވާ ޢިބާރާތް ތިރީގައި މި ވަނީއެވެ.
(4) After the Terms of Reference have been signed or approved by the Court, no party shall make new claims which fall outside the limits of the Terms of Reference unless it has been authorized to do so by the arbitral tribunal, which shall consider the nature of such new claims, the stage of the arbitration and other relevant circumstances.
ހިލްޓަންއިން ހުށަހެޅި މައްސަލައިގައި ސަންގެ ފަރާތުން ހުށަހަޅާ ކައުންޓަރ ކްލެއިމްއާއި ސަންއިން ބޭނުންވާ ފަރުވާގެ ޚުލާޞާ ޓީ.އޯ.އާރު. ގެ ޕެރެގްރާފް 56 އިން 58 އަށް ވަރަށް ސާފުކޮށް ބުނެދީފައި ވެއެވެ. ޓީ.އޯ.އާރު. ގެ މިބުނި ތިން ޕެރެގްރާފްގައި ބުނަނީ:
“56. The Respondent filed an Answer and Counterclaim on 26 July 2013. Sun disagrees with Hilton’s characterization of the dispute and of Sun’s conduct. Sun was entitled to terminate the Management Agreement as a consequence of the Hilton’s breaches and misrepresentations that Hilton made fraudulently. If (which is denied) the Representations were not made fraudulently, Sun will rely on the provisions of the Misrepresentation Act 1967 as entitling it to the relief sought.
57. Sun therefore denies all claims in the Request and disputes that the Hilton is entitled to any of the relief sought. Further, Sun is entitled to counterclaim for damages suffered as a consequence of these breaches and misrepresentations.
58. For the avoidance of doubt, Sun expressly reserves the right to add to, vary and/or elaborate on the matters set out in this Answer at the appropriate time. Sun also reserves the right to adduce the necessary evidence (including expert evidence) at the appropriate time.”
މިފަދައިންނެވެ.
އާބިޓްރޭޝަންސަންއާއި ހިލްޓަންއާ ދެމެދު އުފެދުނު ޚުޞޫމަތުގެ އާބިޓްރޭޝަން ކުރިއަށް ގެންގޮސްފައިވަނީ ރޫލްސް އޮފް އާބިޓްރޭޝަން އޮފް ދި އިންޓަރނޭޝަނަލް ޗެމްބަރ އޮފް ކޮމާރސް (2012) ގެ ދަށުން ސިންގަޕޫރުގައެވެ. އައި.ސީ.ސީ އިންޓަރނޭޝަނަލް ކޯޓު އޮފް އާބިޓްރޭޝަން(ICC International Court of Arbitration) އިން މި މައްސަލަ ބަލާފައިވަނީ އެ ޓްރައިބިއުނަލްގެ ނަންބަރު TO/19482 ޤަޟިއްޔާއިންނެވެ.
އާބިޓްރޭޝަން ކުރިއަށް ގެންދިޔައީ 03 (ތިނެއް) އާބިޓްރޭޓަރުންގެ މައްޗަށް އެކުލެވޭ ޕެނަލަކުންނެވެ. އައި.ސީ.ސީ. ރޫލްސްގެ އާޓިކަލް (4)12 ގެ ދަށުން ހިލްޓަންއިން އައްޔަން ކުރި އާބިޓްރޭޓަރަކީ މިސްޓަރ. ޑޭވިޑް ސަޓަން (Mr. David Sutton) އެވެ. އައި.ސީ.ސީ. ރޫލްސްގެ އާޓިކަލް (4)12 ގެ ދަށުން ސަންގެ ފަރާތުން އައްޔަންކުރި އާބިޓްރޭޓަރަކީ ޓޭން ސްރީ ޑާޓޯ ވާޑަކެތް ޗަކޯ ޖޯޖް(Tan Sri Dato Vadaketh Chacko George) އެވެ. އަދި އައި.ސީ.ސީ. ރޫލްސްގެ އާޓިކަލް (3)13 ގެ ދަށުން ކޯޓުން އައްޔަންކުރި އާބިޓްރޭޓަރަކީ މިސްޓަރ ރިޗަރޑް ޓޭން(Mr. Richard Tan) އެވެ.
މައްސަލަބެލި އާބިޓްރަލް ޓްރައިބިއުނަލްގެ އިޚްތިޞާޞްއާ މެދު އެއްވެސް ޚުޞޫމަތެއް ނެތްކަމަށާއި ޓްރައިބިއުލްގެ މެންބަރުންނާ މެދުވެސް އެއްވެސް ޚުޞޫމަތެއް ނެތްކަމަށް ސަން އަދި ހިލްޓަންއިން ވަނީ އެއްބަސްވެފައެވެ. 27 މޭ 2015 ގައި ދިން ޕާޝަލް އެވޯޑް (Partial Award) ގެ 20 ވަނަ ޕެރެގްރާފްގައި މި މައްސަލަބެލި އާބިޓްރޭޓަރުން ފާހަގަކޮށްފައި ވަނީ:
“The parties confirmed that as at the date of signing of the Terms of Reference, they were not aware of any grounds or basis upon which to challenge the jurisdiction of the Arbitral Tribunal (“the Tribunal”) or object to any member of the Tribunal.”
މިފަދައިންނެވެ.
ހިލްޓަންއިން އާބިޓްރޭޝަނަށް ހުށަހެޅި މައްސަލައިގެ ޕާޝަލް އެވޯޑު (Partial Award) ދީފައިވަނީ 27 މޭ 2015 ގައެވެ. އަދި ފައިނަލް އެވޯޑު (Final Award) ދީފައިވަނީ 17 އޮގަސްޓު 2015 ގައެވެ. އާބިޓްރޭޝަނަށް ދެފަރާތުން ހުށަހެޅި ހުރިހާ ހުށަހެޅުންތަކަށާއި ހެކިތަކަށް ބަލައި ޓްރައިބިއުނަލުން ދިން ޕާޝަލް އެވޯޑުގައި ބުނަނީ:
XI Award
ACCORDINGLY, HAVING CONSIDERED, READ AND HEARD ALL THE SUBMISSIONS AND THE EVIDENCE, THE TRIBUNAL AWARDS, ORDERS AND DECLARES:
The Tribunal has the jurisdiction to hear and determine all of the parties’ claims in the arbitration;
The Respondent’s claim in this arbitration are dismissed;
The Respondent shall pay the Claimant the sum of US$599,095.66 on account of the Claimant’s pre-termination claims;
The Respondent shall also pay the Claimant simple interest on the sum of US$599,095.66 at the rate of 3.4% per annum from 3 May 2013 to the date of payment;
The Respondent shall also pay the Claimant damages in a sum to be agreed or determined in another award with interest at the rate of 3.4% per annum from 3 May 2013 to the date of payment;
The Respondent shall also pay the Claimant the sum of £1,051,230.10 for the legal and expert’s fees and expenses incurred by the Claimant;
The costs of the arbitration comprising the fees and expenses of the Arbitral Tribunal and the ICC administrative expenses are reserved to a further award;
Save as aforesaid, all other claims of the parties in this arbitration are dismissed.
The Tribunal retains jurisdiction assess the quantum of damages and interest to which the Claimant is entitled in case agreement on those amounts cannot be agreed between the Parties within 14 days of the date of this Award and the jurisdiction to fix and allocate the further costs of the arbitration,
މިފަދައިންނެވެ.
ސަންއިން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުން
ސިވިލް ކޯޓަށް ހުށަހެޅުނު ދަޢުވާ
ސަންއާއި ހިލްޓަންއާ ދެމެދު 27 ފެބުރުވަރީ 2009 ގައި، ވެވުނު މެނޭޖްމަންޓް އެގްރީމަންޓްއަކީ ހިލްޓަންއިން ސަންއަށް އޮޅުވާލައި، މަކަރާއި ހީލަތުން ސޮއިކުރުވި އެގްރީމެންޓެއްކަމަށާއި މެނޭޖްމަންޓް އެގްރީމަންޓްގެ މާއްދާތަކާ ހިލްޓަންއިން ޚިލާފުވެފައިވާކަމަށް ބުނެ ސަންއިން މެނޭޖްމަންޓް އެގްރީމަންޓް ބާޠިލުކޮށް، ހިލްޓަންއިން މެނޭޖްމަންޓް އެގްރީމެންޓާ ޚިލާފުވުމުގެ ސަބަބުން ސަންއަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް އެދި ސަންގެ ފަރާތުން ހިލްޓަންގެ މައްޗަށް، 23 އޮކްޓޯބަރު 2016 ގައި، ސިވިލް ކޯޓުގައި ދަޢުވާކުރިއެވެ. މި މައްސަލަ ސިވިލް ކޯޓުން ބަލާފައިވަނީ އެ ކޯޓުގެ ނަންބަރު 2283/Cv-C/2016 ޤަޟިއްޔާއިންނެވެ.
ސަންއިން ސިވިލް ކޯޓުގައި އެދުނު ގޮތް
ސަންއިން ސިވިލް ކޯޓުގައި އެދިފައިވަނީ، ސަންއާއި ހިލްޓަންއާ ދެމެދު ކުރެވުނު މެނޭޖްމަންޓް އެގްރީމަންޓަކީ ]ދިވެހިރާއްޖޭގެ[ ކޮންޓްރެކްޓާބެހޭ ޤާނޫނު އާ ޚިލާފަށް ސަންއަށް އޮޅުވާލައިގެން މަކަރާއި ހީލަތުން ސަން ލައްވާ ސޮއިކުރުވި އެގްރީމަންޓެއް ކަމަށް ކަނޑައަޅައި ދިނުމަށާއި، ދެފަރާތުގެ ދެމެދުގައި ވެފައިވާ މެނޭޖްމަންޓް އެގްރީމަންޓް ބާޠިލުކުރުމުގެ ޙައްޤު ސަންއަށް ލިބިގެންވާކަމަށާއި ސަންގެ ފަރާތުން މެނޭޖްމަންޓް އެގްރީމަންޓް، 2013 އެޕްރީލް 30 ވަނަ ދުވަހު، ބާޠިލުކުރީ ރަނގަޅަށްކަމަށް ކަނޑައަޅައިދިނުމަށާއި ހިލްޓަންއިން މެނޭޖްމަންޓް އެގްރީމަންޓުގެ މާއްދާތަކާ ޚިލާފުވެފައިވާ ކަމަށާއި އެކަމުގެ ސަބަބުން ސަންއަށް ލިބުނު ސީދާ ގެއްލުމާއި ލިބިދާނެކަމަށް ހިލްޓަންއަށް އެނގިފައިވާ ނުސީދާ ގެއްލުމުގެ ބަދަލު ސަންއަށް ލިބެންޖެހޭނެ ކަމަށް ކަނޑައަޅައި ދިނުމަށާއި، ހިލްޓަންގެ ފަރާތުން ސަންއަށް އޮޅުވާލައިގެން މަކަރާއި ހީލަތުން މެނޭޖްމަންޓް އެގްރީމަންޓްގައި ސޮއިކުރުވާފައިވާތީ އަދި މެނޭޖްމަންޓް އެގްރީމަންޓްގެ މާއްދާތަކާ ހިލްޓަންއިން ޚިލާފުވެފައިވާތީ، ސަންއަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި US$16,671,000.00 (ސޯޅަމިލިއަން ހަލައްކަ ހަތްދިހައެއްހާސް އެމެރިކާ ޑޮލަރު) ޙުކުމްކުރާ ތާރީޚުން ފެށިގެން 30 ދުވަހުގެ ތެރޭގައި ދެއްކުމަށް ހިލްޓަންއަށް އަމުރުކޮށް ދިނުމަށެވެ.
ސިވިލް ކޯޓުގެ ނަންބަރު 2283/Cv-C/2016 ޤަޟިއްޔާ ނިންމާފައިވާ ގޮތް
ސިވިލް ކޯޓުގެ ނަންބަރު 2283/Cv-C/2016 ޤަޟިއްޔާގައި އެ ކޯޓުން ނިންމާފައިވަނީ ހިލްޓަންގެ ފަރާތުން ޢަމަލުކުޅަގޮތުގެ ސަބަބުން ސަންއަށް ލިބުނު މާލީ ގެއްލުމުގެ ބަދަލެއްގެ ގޮތުގައި US$16,671,000.00 (ސޯޅަމިލިއަން ހަލައްކަ ހަތްދިހައެއްހާސް އެމެރިކާ ޑޮލަރު) ހިލްޓަންގެ ފަރާތުން ސަންއަށް ލިބިދިނުމަށް ކަނޑައަޅައެވެ.
ސިވިލް ކޯޓުގެ ނިންމުމުގައި އަންނަނިވި ކަންކަން ފާހަގަކޮށްފައިވެއެވެ.
ހިލްޓަންއިން ހުށަހެޅި ރިވައިޒްޑް ޕްރޮޖެކްޝަންގައި ބަޔާންކޮށްފައިވާ ކަންކަމުގެ މައްޗަށް އިތުބާރުކޮށްގެން ސަންއިން މެނޭޖްމަންޓް އެގްރީމަންޓްގައި ސޮއިކޮށް ރިޒޯޓު ހިންގުން ހިލްޓަންއާ ހަވާލުކޮށްފައިވާއިރު ހިލްޓަންއިން އެ ރިޒޯޓު ހިންގި ދުވަސްވަރު ރިވައިޒްޑް ޕްރޮޖެކްޝަންގައިވާ މިންގަނޑުތަކާ ގާތްކުރާ އަދަދަށްވެސް ނަތީޖާ ހާސިލުކުރެވިފައި ނުވާތީ ރިވައިޒްޑް ޕްރޮޖެކްޝަންގައިވާ މިންގަނޑުތަކަށް ނުވަތަ އެއާ ގާތްކުރާ ޢަދަދަށްވެސް ހިލްޓަންއަށް ނަތީޖާ ހާސިލު ނުވުމަށް މެދުވެރިވި މަޤުބޫލު ސަބަބެއް ހިލްޓަންއިން ބަޔާންކޮށްދީފައި ނުވާތީ ހިލްޓަންއިން ހުށަހެޅި ރިވައިޒްޑް ޕްރޮޖެކްޝަންސް ތައްޔާރުކޮށްފައިވަނީ އެކަށީގެންވާ އަސާސްތަކެއްގެ މައްޗަށް ބިނާކޮށްގެންކަން ޝަރީޢަތަށް ސާބިތުވާފަދަ ކާފީ ހެއްކެއް ހިލްޓަންއިން ދައްކާފައިނުވާކަން.
ދެފަރާތުގެ ދެމެދު ސޮއިކުރެވިފައިވާ މެނޭޖްމަންޓް އެގްރީމެންޓަކީ ހަމައެކަނި ސަން ލައްވާ ހޮޓެލް މެނޭޖްމަންޓް އެގްރީމަންޓްގައި ސޮއިކުރުވުމުގެ ގޮތުން ޙަޤީޤަތާ ޚިލާފުކަމެއް ނުވަތަ އެއްޗެއް އެއީ ތެދެއްކަމުގައި ދައްކައިގެން ސޮއިކުރުވާފައިވާ އެގްރީމެންޓެއްކަން މަދަނީ މިންގަނޑުން ޝަރީޢަތަށް ސާބިތުވާތީ މެނޭޖްމަންޓް އެގްރީމެންޓަކީ ]ދިވެހިރާއްޖޭގެ[ ކޮންޓްރެކްޓާބެހޭ ޤާނޫނު ގެ 12 ވަނަ މާއްދާއާއި 16 ވަނަ މާއްދާއަށް ރިއާޔަތްކޮށް އެ ޤާނޫނުގެ 13 ވަނަ މާއްދާގެ ދަށުން އެއަށް ޢަމަލުކުރެވެންނެތް ބާޠިލު އެގްރީމެންޓެއްކަމުން، މެނޭޖްމަންޓް އެގްރީމަންޓްގެ ދަށުން ހިލްޓަންއާ ހަވާލުކުރެވުނު ރިޒޯޓު ހިލްޓަންގެ ކިބައިން ވަކިކޮށްފައިވަނީ ]ދިވެހިރާއްޖޭގެ[ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ ތަރަހައިގެ ތެރެއިން ސަންއަށް ލިބިގެންވާ އިޚްތިޔާރުގެ ދަށުންކަން.
ސަން ލައްވައި މެނޭޖްމަންޓް އެގްރީމަންޓްގައި ސޮއިކުރުވުމަށްޓަކައި ހިލްޓަންއިން އޮޅުވާލައި ޙަޤީޤަތާ ޚިލާފްކަމެއް ނުވަތަ އެއްޗެއް އެއީ ތެދެއްކަމުގައި ދައްކައިގެން އެގްރީމަންޓްގައި ސޮއިކޮށް ރިޒޯޓުގެ ހިންގުން ހިލްޓަންއާ ހަވާލުވުމުގެ ސަބަބުން ސަންއަށް ލިބިފައިވާ މާލީ ގެއްލުމަށް ]ދިވެހިރާއްޖޭގެ[ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން ހިލްޓަންއިން، ސަންއަށް ބަދަލުދޭންޖެހޭކަން.
ހިލްޓަންއިން ޢަމަލުކުޅަގޮތުގެ ސަބަބުން ސަންއަށް ލިބިފައިވާ ގެއްލުންތައް ވަޒަންކޮށް ބައިނަލްއަޤުވާމީ ޗާޓަރޑް އެކައުންޓެންޓްސް (ކޭ.ޕީ.އެމް.ޖީ) ގެ ފަރާތުން ބައިނަލްއަޤުވާމީ މިންގަނޑުތަކާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ރިޕޯޓުގައި ބަޔާންކޮށްފައިވާ އެންމެހާ ކަންކަމުގެ މައްޗަށް ރިޢާޔަތްކޮށް މި މުޢާމަލާތުގައި ހިލްޓަންގެ ފަރާތުން ޢަމަލުކުޅަގޮތުގެ ސަބަބުން ސަންއަށް ލިބުނު މާލީ ގެއްލުމުގެ ބަދަލު ނަގައިދޭންޖެހޭކަން.
ހިލްޓަންއިން ދިވެހިރާއްޖޭގެ ހައިކޯޓުގައި ކުރި އިސްތިއުނާފު
ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރި ނުކުތާތައް
ސިވިލް ކޯޓުގެ ނަންބަރު 2283/Cv-C/2016 ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމަށް އެދި ހިލްޓަންގެ ފަރާތުން 03 (ތިނެއް) ނުކުތާއެއް ހުށަހަޅާފައިވެއެވެ. އެ ނުކުތާތަކަކީ:
ސިވިލް ކޯޓުގެ ނަންބަރު 2283/Cv-C/2016 ޤަޟިއްޔާގައި ]ދިވެހިރާއްޖޭގެ[ އާބިޓްރޭޝަނުގެ ޤާނޫނުގެ 15 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އުސޫލަށް ރިއާޔަތްކުރުމެއް ނެތި މައްސަލަ ނިންމާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
ސިވިލް ކޯޓުގެ ނަންބަރު 2283/Cv-C/2016 ޤަޟިއްޔާގައި ހުށަހަޅާފައިވާ ދަޢުވާގައި ހިމެނޭ ކަންކަމަކީ ސިންގަޕޫރުގެ އާބިޓްރޭޝަން ޓްރައިބިއުނަލުން އެކަންކަމާމެދު ގޮތެއް ކަނޑައެޅުމުން ]ދިވެހިރާއްޖޭގެ[ އާބިޓްރޭޝަނުގެ ޤާނޫނު ގެ 72 ވަނަ މާއްދާގެ ދަށުން ދިވެހިރާއްޖޭގެ ކޯޓެއްގައި ތަންފީޛުކުރުމަށް ހުށަހެޅިފައިވާ ކަންކަމަށްވާއިރު މިކަމަށް ރިޢާޔަތްކުރެއްވުމެއްނެތި މައްސަލަ ނިންމާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
ސިވިލް ކޯޓުގެ ނަންބަރު 2283/Cv-C/2016 ޤަޟިއްޔާ ނިންމުމުގައި އެކަށީގެންވާ އިޖުރާއާތު (due process) އާއި ހަމަހަމަކަން (fairness) ގެ މަބްދައުއަށް ރިއާޔަތްކުރެއްވުމެއްނެތި މައްސަލަ ނިންމާފައިވާކަމަށްބުނެ ހުށަހެޅި ނުކުތާ.
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 237/HC-C/2017 ޤަޟިއްޔާ ނިންމާފައިވާ ގޮތް
ސިވިލް ކޯޓުގެ ނަންބަރު 2283/Cv-C/2016 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމް ބާޠިލުކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ވަނީ ކަނޑައަޅާފައެވެ. މި ގޮތަށް ކަނޑައެޅުމުގައި، ދިވެހިރާއްޖޭގެ ހައިކޯޓުން އަންނަނިވި ކަންކަން ފާހަގަކޮށްފައިވެއެވެ.
އެއްބަސްވުމެއް މާނަކުރުމުގެ ބޭނުމަށް އެއްބަސްވުމުގެ ބައިވެރިންގެ މަޤުޞަދު ދެނެގަތުމަށްޓަކައި އެއްބަސްވުމުގައި ހިމެނޭ މާއްދާތަކުގެ މައްޗަށާއި މުޢާމަލާތް ހިނގާފައިވާ ގޮތުގެ މައްޗަށާއި މުޅި އެއްބަސްވުމުގައި ހިމެނިގެންވާ މާއްދާތަކުގެ މައްޗަށާއި މުޅިއެއްބަސްވުމުގެ ވަށައިގެންވާ ކަންކަމުގެ މައްޗަށް ބަލަންޖެހޭއިރު، ސަންއާއި ހިލްޓަންއާ ދެމެދު، 27 ފެބުރުވަރީ 2009 ގައި، ސޮއިކުރެވުނު މެނޭޖްމަންޓް އެގްރީމަންޓްގެ 18.2 ވަނަ މާއްދާގައި އެއްބަސްވުމުގެ ދަށުން ނުވަތަ އެއްބަސްވުމާގުޅިގެން ދެފަރާތުގެ ދެމެދުގައި އެއްބަސްވުމާ ޚިލާފުވުން ނުވަތަ އެއްބަސްވުން ބާޠިލުކުރުން ނުވަތަ އެއްބަސްވުމުގެ ދަށުން ޞައްޙަނޫން ކަމެއް ކުރުމުން އުފެދޭ ޚުޞޫމަތެއް، ޚިލާފެއް ނުވަތަ ދަޢުވާއެއް ހައްލުކުރަންވާނީ އެކެއް ނުވަތަ އެއަށްވުރެ ގިނަ އާބިޓްރޭޓަރުން އައްޔަންކޮށްގެން ރޫލްސް އޮފް އާބިޓްރޭޝަން އޮފް ދަ އިންޓަރނޭޝަނަލް ޗެމްބަރ އޮފް ކޮމާރސް ގެ އުސޫލުތަކާ އެއްގޮތްވާގޮތުގެ މަތިންކަމާއި އާބިޓްރޭޝަން ޕްރޮސީޑިންގްސް ކުރިއަށް ގެންދަންވާނީ އިނގިރޭސި ބަހުންކަމާއި އާބިޓްރޭޝަން ހިންގާތަނަކީ ސިންގަޕޯރ އިންޓަރނޭޝަނަލް އާބިޓްރޭޝަން ސެންޓަރކަމަށް ބަޔާންކޮށްފައިވާކަން އެނގެން އޮތުމުން، ސަންއާއި ހިލްޓަންއާ ދެމެދު އޮތް މެނޭޖްމަންޓް އެގްރީމަންޓްގެ 18.2 ވަނަ މާއްދާގައި ދެ ފަރާތު ދެމެދު ވެވުނު ކޮންޓްރެކްޓްގެ ދަށުން ނުވަތަ ކޮންޓްރެކްޓާ ގުޅިގެން އެއްވެސް ޚިލާފެއް އުފެދިއްޖެނަމަ، ނުވަތަ އެގްރީމަންޓް ބާޠިލުކުރުމުގެ ސަބަބުން ނުވަތަ ކޮންޓްރެކްޓްގެ ޞައްޙަކަމާމެދު ސުވާލު އުފެދިއްޖެ ހިނދެއްގައި އެކަމެއް ޙައްލު ކުރަންވާނީ ރޫލްސް އޮފް އާބިޓްރޭޝަން އޮފް ދި އިންޓަރނޭޝަނަލް ޗެމްބަރ އޮފް ކޮމާރސްގެ އާބިޓްރޭޝަންގެ އުޞޫލާ އެއްގޮތްވާގޮތުގެ މަތިން، އިނގިރޭސި ބަހުން، ސިންގަޕޫރުގެ އިންޓަރނޭޝަނަލް އާބިޓްރޭޝަން ސެންޓަރުގައިކަން އެނގޭކަން.
އިސްތިއުނާފު ކުރެވޭ ސިވިލް ކޯޓުގެ ނަންބަރު 2283/Cv-C/2016 ޤަޟިއްޔާ އެކޯޓުން ބަލާފައިވަނީ ]ދިވެހިރާއްޖޭގެ[ ކޮންޓްރެކްޓާބެހޭ ޤާނޫނު ގެ 12 ވަނަ މާއްދާއާއި، 13 ވަނަ މާއްދާއާއި 16 ވަނަ މާއްދާގެ ދަށުންކަން އެ ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން އެނގޭ ކަމަށާއި، ސަންގެ ފަރާތުން މެނޭޖްމަންޓް އެގްރީމަންޓް ބާޠިލުކުރުމުން ބަދަލު ހޯދުމަށް ހިލްޓަންއިން އިންޓަރނޭޝަނަލް ޗެމްބަރ އޮފް ކޮމާރސްގެ އިންޓަރނޭޝަނަލް ކޯޓު އޮފް އާބިޓްރޭޝަންއަށް ހުށަހެޅި މައްސަލައިގައި ސަންއިން ދިފާޢީ ދަޢުވާއެއް ހުށަހަޅާފައިވާކަމާއި އެ ދިފާޢީ ދަޢުވާގައި، ހިލްޓަންއިން ހުށަހެޅި ފައިނަލް ޕްރޮޖެކްޝަންސް އަކީ މަކަރާ ހީލަތުން އޮޅުވާލައިގެން ހުށަހެޅި ލިޔުމެއްކަމަށާއި އެ ލިޔުމަށް ބަލައި ސަންއިން މެނޭޖްމަންޓް އެގްރީމަންޓްގައި ސޮއިކޮށްފައިވާކަމަށާއި އެހެންކަމުން ހިލްޓަންއިން އިނގިރޭސި މިސްރެޕްރެޒެންޓޭޝަން އެކްޓް 1967 ގެ ދަށުން ބަދަލު ދޭންޖެހޭކަމަށް ބުނެ ފާހަގަކޮށްފައިވާކަމާއި، ސަންގެ މި ނުކުތާއާ ގުޅިގެން އެ މައްސަލައިގައި ވަރަށް ތަފްސީލީ ގޮތެއްގައި ވާހަކަ ދައްކާފައިވާކަން އެނގެން އޮންނައިރު އާބިޓްރޭޝަން ޓްރައިބިއުނަލުން މިކަމާގުޅިގެން ގޮތްތަކެއް ކަނޑައަޅާފައިވާކަން އެނގޭކަމާއި އެގޮތުން ސަންއިން ފާހަގަކުރި އެކަންކަމަކީ ސާބިތުވާ ކަންކަން ނޫންކަމަށް އެ މައްސަލަބެލި ޓްރައިބިއުނަލުން ނިންމާފައިވާކަމާއި ސިވިލް ކޯޓުގެ ނަންބަރު 2283/Cv-C/2016 ޤަޟިއްޔާގައި ސަންގެ ފަރާތުން ކޮށްފައިވާ ދަޢުވާއަކީ އިންޓަރނޭޝަނަލް ޗެމްބަރ އޮފް ކޮމާރސްގެ އިންޓަރނޭޝަނަލް ކޯޓު އޮފް އާބިޓްރޭޝަން އަށް ހުށަހެޅި މައްސަލައިގައި އެ ޓްރައިބިއުނަލުން ތަފްސީލީ ގޮތެއްގައި ވާހަކަދައްކާ ގޮތްތަކެއް ކަނޑައަޅާފައިވާ ކަންކަންކަމަށްވާއިރު އެކަންކަމާ ގުޅިގެން ގޮތެއް ކަނޑައެޅުމަށްޓަކައި ސަންއިން ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކީ ސިވިލް ކޯޓުން ބެލިދާނެ މައްސަލައެއްކަމަށް ނުފެންނަކަން.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމަށް ސަންއިން ހުށަހެޅި ނުކުތާ އަދި އެ ނުކުތާއަށް ހިލްޓަންއިން ދިން ރައްދު
ސަން އިން އިސްތިއުނާފު ކުރި ނުކުތާ
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2017/HC-A/237 ޤަޟިއްޔާ އެ ކޯޓުން ނިންމާފައިވަނީ ޤާނޫނާ އެއްގޮތަށް ނޫންކަމަށް ބުނެ ސަންގެ ފަރާތުން ސުޕްރީމް ކޯޓުގައި ފާހަގަކުރި ނުކުތާއަކީ: ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2017/HC-A/237 ޤަޟިއްޔާ ނިންމުމުގައި ]ދިވެހިރާއްޖޭގެ[ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 12 ވަނަ މާއްދާއާއި 13 ވަނަ މާއްދާއާއި 16 ވަނަ މާއްދާއަށް ރިޢާޔަތް ކުރުމެއްނެތި އެ ޤަޟިއްޔާ ނިންމާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
ސަންގެ އިސްތިއުނާފީ ނުކުތާ އޮޅުން ފިލުވައިދެމުން، ސަންއިން ބުނެފައިވަނީ ހިލްޓަންއިން ހުށަހެޅި ފައިނޭންޝަލް ޕްރޮޖެކްޝަންތަކަކީ ]ދިވެހިރާއްޖޭގެ[ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 16 ވަނަ މާއްދާގައި ބުނާފަދަ ޙަޤީޤަތް އޮޅުވާލުމުގެ ޢަމަލެއް ކަމަށެވެ. އެއީ ސަން ލައްވާ މެނޭޖްމަންޓް އެގްރީމަންޓްގައި ސޮއިކުރުވުމަށް ހިތްޖެއްސުމުގެ ގޮތުން (induce) ކޮށްފައިވާ މިސްރެޕްރެޒެންޓޭޝަން (misrepresentation) ގެ ޢަމަލެއް ކަމަށެވެ. އަދި މެނޭޖްމަންޓް އެގްރީމަންޓަކީ ]ދިވެހިރާއްޖޭގެ[ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 12 ވަނަ މާއްދާގައި ބުނާ ފަދައިން ސަންގެ އަމިއްލަ އިޚްތިޔާރު ނެތި ސޮއިކުރުވާފައިވާ އެގްރީމަންޓެއް ކަމަށާއި އޭގެ ސަބަބުން މެނޭޖްމަންޓް އެގްރީމަންޓް ވެގެންދާނީ ]ދިވެހިރާއްޖޭގެ[ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 13 ވަނަ މާއްދާ ބުނާފަދައިން ބާޠިލު އެގްރީމަންޓަކަށް ކަމަށެވެ.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ސަންއިން އިތުރަށް ބުނެފައިވަނީ ސިވިލް ކޯޓުގެ ނަންބަރު2283/Cv-C/2016 ޤަޟިއްޔާގައި ސަންއިން ހުށަހެޅި ކަންކަމަކީ އާބިޓްރޭޝަން ޓްރައިބިއުނަލުން ގޮތެއް ކަނޑައަޅާފައިވާ ކަންކަމެއް ނޫންކަމަށާއި، ސިވިލް ކޯޓުގެ ޤަޟިއްޔާގައި ގޮތެއްކަނޑައަޅައި ދިނުމަށް އެދިފައިވަނީ ]ދިވެހިރާއްޖޭގެ[ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ ދަށުން ކަމަށާއި އާބިޓްރޭޝަން މަރުހަލާގައި ދިވެހިރާއްޖޭގެ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ ދަށުން ކަންތައްތަކެއް ކަނޑައަޅައިދިނުމަށް ހުށަހަޅާފައި ނުވާނެކަމަށެވެ. އަދި އާބިޓްރޭޝަނުން މައްސަލަ ނިންމާފައިވަނީ އިނގިރޭސި ވިލާތުގެ މިސްރެޕްރެޒެންޓޭޝަން އެކްޓް 1967 (1967 Misrepresentation Act) ގެ ދަށުން ކަމަށާއި ސިވިލް ކޯޓުގެ ޤަޟިއްޔާގައި ސަންގެ ފަރާތުން ޙަވާލާދީފައިވާނީ ]ދިވެހިރާއްޖޭގެ[ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 12 ވަނަ މާއްދާއާއި 13 ވަނަ މާއްދާއާއި 16 ވަނަ މާއްދާއަށް ކަމަށެވެ. އީމެއިލްގެ ޒަރީޢާއިން ހިލްޓަންއިން ފޮނުވި ފައިނޭންޝަލް ޕްރޮޖެކްޝަންތަކަކީ، އަދި ހުށަހެޅި ޢަދަދުތަކަށް ބަދަލުގެނެސްފައި ވަނީވެސް ސީދާ ސަން ލައްވާ މެނޭޖްމަންޓް އެގްރީމްންޓްގައި ސޮއިކުރުވުމުގެ ބޭނުމުގައި ކަމަށެވެ. ސަންއިން މެނޭޖްމަންޓް އެގްރީމަންޓުގައި ސޮއިކުރީ، ހިލްޓަންއިން ތަމްސީލުކުރި ޕްރޮޖެކްޝަންސް އަދި މާލީގޮތުން ރިޒޯޓަށް ލިބޭނެކަމަށް ބަޔާންކޮށް ހުށަހެޅި ހުށަހެޅުންތަކަށް ބަރޯސާވެގެންކަމަށެވެ. ހިލްޓަންއިން މަކަރާއި ޙީލަތް ހަދާފައިވާކަމަށް ސިވިލް ކޯޓުގެ ޤަޟިއްޔާގައި ސަންއިން ބުނީ، ހަމައެކަނި ސަން ލައްވާ މެނޭޖްމަންޓް އެގްރީމަންޓްގައި ސޮއިކުރުވުމުގެ ބޭނުމަށް، އެއްވެސް ހަރުދަނާ އަސާސެއް ނެތި ހިލްޓަންއިން ފައިނޭންޝަލް ޕްރޮޖެކްޝަންތަކެއް ހުށަހަޅާފައި ވާތީކަމަށެވެ.
ހިލްޓަންއިން ދިން ރައްދު ޖަވާބު
ސަންއިން ހުށަހެޅި އިސްތިއުނާފީ ނުކުތާގެ ޖަވާބުގައި ހިލްޓަންއިން ބުނެފައިވަނީ ހިލްޓަންގެ ފަރާތުން ރިޒޯޓު ހިންގުމުގައި އެފަރާތުން ދިން ޔަގީންކަމާއި ގާތަށްވެސް ނަތީޖާ ހާސިލްކުރެވިފައި ނުވާކަމަށާއި، ރިޒޯޓު ހިންގައިގެން 2010 ވަނަ އަހަރާއި 2011 ވަނަ އަހަރާއި 2012 ވަނަ އަހަރުގެ ގްރޮސް އޮޕަރޭޓިންގެ ޕްރޮފިޓް ހުރީ ހިލްޓަންއިން ދިން ޕްރޮޖެކްޝަންސްތަކާއި ބަޖެޓަށްވުރެ ދަށުގައިކަމަށް ބުނެ ސަންއިން ފާހަގަކޮށްފައިވާ ނުކުތާތަކަކީ، އެއާމެދު ސިންގަޕޫރުގެ އިންޓަނޭޝަނަލް ޗެމްބަރ އޮފް ކޮމާރސް (އައި.ސީ.ސީ) ގެ އިންޓަރނޭޝަނަލް ކޯޓު އޮފް އާބިޓްރޭޝަނަށް ހުށަހެޅި އެ ޓްރިބިއުނަލް އިން މައުޟޫޢީ ގޮތުން ގޮތެއް ކަނޑައަޅާފައިވާ ނުކުތާއެއް ކަމަށެވެ.
ސަންއިން ދިން ނޯޓިސް އޮފް ޑިފޯލްޓްގައި ފާހަގަކޮށްފައިވާ ކަންކަން ހިލްޓަންގެ ފަރާތުން ރަނގަޅުކޮށްފައި ނުވާތީ ކަމަށް ބުނެ މެނޭޖްމަންޓް އެގްރީމަންޓް ބާޠިލުކުރިކުރުމަށް ހިލްޓަންއިން އިޢުތިރާޒުކުރެއެވެ. ހިލްޓަންއިން ބުނެފައިވަނީ ހިލްޓަންއިން ޢަމަލުކޮށްފައިވަނީ ދެފަރާތުގެ ދެމެދުގައި ވެފައިވާ މެނޭޖްމަންޓް އެގްރީމަންޓްއާ އެއްގޮތަށް ކަމަށެވެ. ސިންގަޕޫރު އާބިޓްރޭޝަންއަށް މައްސަލަ ހުށަހަޅައިގެން ކުރިއަށް ގެންގޮސްފައިވަނީ ސަންއިން މެނޭޖްމަންޓް އެގްރީމަންޓް ބާޠިލުކުރިކުރުމަކީ ޞައްޙަ ބާޠިލުކުރުމެއް ނޫންކަމަށް ހިލްޓަންއިން ދެކޭތީކަމަށެވެ.
ހިލްޓަންގެ ފަރާތުން އަސާސެއް ނެތް ހިސާބުތަކެއް ހުށަހަޅައި އޮޅުވާލުމުގެ ޢަމަލުތަކެއް ހިންގާފައިވާކަމަށް ސަންއިން ބުނާބުނުމަށް އިންކާރުކޮށް، އޮޅުވާލުމުގެ އެއްވެސް ޢަމަލެއް ހިންގާފައި ނުވާނެކަމަށް ހިލްޓަންއިން ބުނެއެވެ. އަދި ހިލްޓަންއިން އަސާސެއްނެތް ޕްރޮޖެކްޝަންތަކެއް ހުށަހަޅާ އެފަދައިން ޢަމަލުކޮށްފައިވަނީ ސަންއާއެކު މެނޭޖްމަންޓް އެގްރީމަންޓަށް ވާސިލުވުމުގެ ބޭނުމުގައިކަމަށްބުނެ ސަންގެ ފަރާތުން ފާހަގަކޮށްފައިވާ ކަންކަމަކީ، ސަންގެ ފަރާތުން އައި.ސީ.ސީ އާބިޓްރޭޝަންއަށް ހުށަހަޅައި، މައްސަލަބެލި ޓްރައިބިއުނަލްއިން ފުރިހަމައަށް ދިރާސާކުރުމަށްފަހު އެކަމާ ގުޅިގެން މައުޟޫޢީ ގޮތުން ގޮތެއް ކަނޑައަޅާފައިވާ ކަންތައްތަކެއް ކަމަށްވެސް ހިލްޓަންއިން ބުނެއެވެ.
މެނޭޖްމަންޓް އެގްރީމެންޓުގައި ސޮއިކުރުމުގެކުރިން ހިނގާދިޔަ ކަންކަމަކީ، ސަންއާއެކު މެނޭޖްމަންޓް އެގްރީމެންޓަށް ވާސިލުވުމަށް ކޮށްފައިވާ މިސްރެޕްރެޒެންޓޭޝަން (misrepresentation) ގެ ޢަމަލުތަކެއް ކަމުން އެއީ ]ދިވެހިރާއްޖޭގެ[ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ ދަށުން ބަލަންޖެހޭ ކަމެއްކަމަށް ސަންގެ ފަރާތުން ފާހަގަކުރިނަމަވެސް، ދެފަރާތުގެ ދެމެދު ވެފައިވާ މެނޭޖްމަންޓް އެގްރީމެންޓުގެ 18.2 ވަނަ މާއްދާ (އާބިޓްރޭޝަން އެގްރީމަންޓް) އަދި 20.1 ވަނަ މާއްދާ (ޢަމަލުކުރަންޖެހޭ ޤާނޫނު) އަށް ރިޢާޔަތްކުރާއިރު، އެއްބަސްވުމުގެ ކުރިން ހިނގާދިޔަ ކަންތައްތަކަށް ވެސް ތަޠުބީޤުކުރެވޭނީ އިންގްލަންޑް އެންޑް ވޭލްސްގެ ޤާނޫނުތައް (the laws applicable in England and Wales) ކަމަށާއި އެފަދަ ޚުޞޫމަތެއް ހުށަހަޅަން ޖެހޭނީވެސް ސިންގަޕޫރުގެ އާބިޓްރޭޝަންއަށް ކަމަށް ހިލްޓަންގެ ފަރާތުން ފާހަގަކޮށްފައިވެއެވެ.
ސުޕްރީމް ކޯޓުން ގޮތެއް ކަނޑައަޅަންޖެހޭ މައިގަނޑު ނުކުތާ
ސަން އަދި ހިލްޓަންގެ ފަރާތުން ސުޕްރީމް ކޯޓުގައި ދެއްކި ވާހަކަތަކަށާއި ހުށަހެޅި ހުށަހެޅުންތަކަށް ބަލާއިރު، ސުޕްރީމް ކޯޓުން ގޮތެއް ނިންމަންޖެހޭ މައިގަނޑު ނުކުތާއަކީ، އިންގްލަންޑް އަދި ވޭލްސްގެ ޤާނޫނު (the laws applicable in England and Wales) ތަޠުބީޤު ވާނެ ކަމަށް އަދި ސިންގަޕޫރުގައި އާބިޓްރޭޝަނުން ޚުޞޫމަތް ޙައްލުކުރުމަށް އެއްބަސްވެފައިވާ އެއްބަސްވުމުގެ މައްޗަށް ބިނާކޮށް އާބިޓްރޭޝަނުން ނިމިފައިވާ މައްސަލައެއްގެ މައްޗަށް ދިވެހިރާއްޖޭގެ ޤާނޫނު ތަޠުބީޤުކޮށް އެ މައްސަލަ މައުޟޫޢީ ގޮތުން ދިވެހިރާއްޖޭގެ ކޯޓުތަކުން ބެލިދާނެތޯ އެވެ. މިގޮތުން ބަލާބެލުމުގައި ދެފަރާތުގެ ދެމެދު އުފެދިފައިވާ ޚުޞޫމަތުގެ މައްޗަށް ތަޠުބީޤުކުރެވޭ ޤާނޫނަކީ ކޮބައިކަމާއި، އާބިޓްރޭޓްކުރަން އެއްބަސްވި އެއްބަސްވުމުގެ މައްޗަށް ތަޠުބީޤުކުރެވޭ ޤާނޫނަކީ ކޮބައިކަމާއި، އާބިޓްރޭޝަން ޕްރޮސެސްގެ މައްޗަށް ތަޠުބީޤުކުރެވޭ ޤާނޫނަކީ ކޮބައިކަން ދެނެގަންނަން ޖެހެއެވެ. އަދި މިކަންކަން ދެނެގަތުމާއެކު، ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގައި ހިމެނޭ އާބިޓްރޭޝަނާބެހޭ މާއްދާގެ މުހިންމުކަމުގެ މައްޗަށާއި އާބިޓްރަލް އެވޯޑް ދިވެހިރާއްޖޭގައި ތަންފީޛު ކުރެވޭ ގޮތުގެ މައްޗަށް ވެސް ބަލަންޖެހޭނެއެވެ.
ދެފަރާތުގެ ދެމެދު އުފެދިފައިވާ ޚުޞޫމަތުގެ މައްޗަށް ތަޠުބީޤުކުރެވޭ ޤާނޫނު
އާބިޓްރޭޝަނުން ޚުޞޫމަތްތައް ޙައްލުކުރަން އެއްބަސްވެފައިވާ ކޮންޓްރެކްޓަކާ ގުޅިގެން، އުފެދޭ ޚުޞޫމަތުގެ މައްޗަށް ތަޠުބީޤު ކުރެވޭނީ އެ ކޮންޓްރެކްޓްގެ ބައިވެރިން އެ ކޮންޓްރެކްޓްގެ މައްޗަށް ތަޠުބީޤު ވާނެކަމަށް އެއްބަސްވެފައިވާ ޤާނޫނެކެވެ. ޤާނޫނު އެހެން ގޮތަކަށް ކަނޑަނާޅާނަމަ، ކޮންޓްރެކްޓަކީ ވަކި މިވެނިގޮތަކަށް އޮތުން ލާޒިމު އެއްޗެއް ނޫންކަމާއި، ކޮންޓްރެކްޓާ ގުޅިގެން އުފެދޭ އެއްވެސް ޚިލާފެއް ހަމަޖެއްސުމަށްޓަކައި، އެ ކޮންޓްރެކްޓެއްގައި އޮންނަ އެއްވެސް މާއްދާއަކުން ތަޙްކީމު (arbitration) ގެ އުސޫލަށް ޢަމަލުކުރަން ކޮންޓްރެކްޓްގެ ބައިވެރިއަކަށް ޖެހޭނަމަ އެ މާއްދާއަކީ ޤާނޫނު ހުއްދަކުރާ މާއްދާއެއްކަން ދިވެހިރާއްޖޭގެ ކޮންޓްރެކްޓާބެހޭ ޤާނޫނަށް ބެލުމުން އެނގެން އޮވެއެވެ. އަދި، ދިވެހިރާއްޖޭގެ ޕަބްލިކް ޕޮލިސީއާއި ދިވެހި ދައުލަތުގެ ޢާންމު ސިޔާސަތަކާ ޚިލާފުނުވާ ގޮތެއްގެމަތިން، ކޮންޓްރެކްޓްގެ ބައިވެރިންނަށް އެ މީހުންގެ މެދުގައި އޮތް ކޮންޓްރެކްޓްގެ މައްޗަށް ހިނގާނެ ޤާނޫނަކީ ކޮބައިކަން ކަނޑައެޅުމުގެ ފުރިހަމަ އިޚްތިޔާރު އޮންނާނެއެވެ. ދިވެހިރާއްޖޭގެ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 18 ވަނަ މާއްދާގެ (ރ) އަށް ބަލާއިރު ވެސް، ކޮންޓްރެކްޓާ ގުޅިގެން އުފެދޭ އެއްވެސް ޚިލާފެއް ހަމަޖެއްސުމަށްޓަކައި، އެ ކޮންޓްރެކްޓްގައި އޮންނަ އެއްވެސް މާއްދާއަކުން، ބައިނަލްއަޤްވާމީ ގޮތުން ގަބޫލުކުރާ ޤާނޫނެއްގެ ދަށުން ޢަމަލުކުރާން ކޮންޓްރެކްޓްގެ ބައިވެރިއަކަށް ޖެހޭނަމަ އެ މާއްދާއަކީ ޤާނޫނު ހުއްދަކުރާ މާއްދާއެއްކަން އެނގެއެވެ.
އާބިޓްރޭޝަނުން ޚުޞޫމަތްތައް ޙައްލުކުރަން އެއްބަސްވެފައިވާ ކޮންޓްރެކްޓަކާ ގުޅިގެން، އުފެދޭ ޚުޞޫމަތުގެ މައްޗަށް ޠަޠުބީޤުކުރެވޭ ޤާނޫނީ ނިޒާމު ދެނެގަތުމަކީ އެއްބަސްވުން މާނަކުރުމާގުޅޭ(question of interpretation) ސުވާލެކެވެ. އެގޮތުން، އެއްބަސްވުން މާނަކުރުމުގައި ކޯޓުން އެންމެ ފުރަތަމަ ބަލަންޖެހޭނީ ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގައި ކަނޑައެޅިގެން ވަކި ޤާނޫނީ ނިޒާމެއް ތަޠުބީޤު ވާނެކަމަށް ބަޔާންކޮށްފައިވޭތޯ ނުވަތަ އެފަދަ ބަޔާންކުރުމެއް ޟިމްނީގޮތެއްގައި ނަމަވެސް ދޭހަވޭތޯއެވެ. ލޯޑް ޑިޕްލޮކް (Lord Diplock) އިނގިރޭސި ވިލާތުގެ ހައުސް އޮފް ލޯޑްސް(House of Lords) ގެ Cie Tunisienne de Navigation SA v Cie d’Armement Maritime SA [1971] AC 572, 603 ޤަޟިއްޔާގައި ކޮންޓްރެކްޓެއްގެ މައްޗަށް ތަޠުބީޤުކުރެވޭނެ ޤާނޫނު އޮޅުން ފިލުވައިދެއްވަމުން ވިދާޅުވެފައިވަނީ:
“The first stage, therefore, when any question arises between parties to a contract as to the proper law applicable to it, is to determine whether the parties intended by their contract to exercise any choice of law at all and, if they did, to determine what was the system of law which they selected. In determining this the English court applies the ordinary rules of English law relating to the construction of contracts.”
މި ފަދައިންނެވެ. މި ބަޔާންކުރުމަށް ބަލާއިރު، ދެފަރާތެއްގެ ދެމެދުގައި ވެފައިވާ އެއްބަސްވުމެއްގެ މައްޗަށް ތަޠުބީޤުކުރާނެ ޤާނޫނަކާ މެދު އުފެދޭ ސުވާލުގައި ކޯޓުން ބަލަންޖެހޭނީ އެ ކޮންޓްރެކްޓްގެ މައްޗަށް ތަޠުބީޤުވާނެކަމަށް ކޮންޓްރެކްޓްގެ ބައިވެރިން އިޚްތިޔާރުކޮށްފައިވާ ޤާނޫނީ ނިޒާމަކީ ކޮބައިތޯކަން އެނގެއެވެ.
އާބިޓްރަލް ޕްރޮސީޑިންގްސް ކުރިއަށް ގެންދިޔުމުގައި، އާބިޓްރޭޝަނަށް ހުށަހެޅިފައިވާ މައްސަލައިގެ މައްޗަށް ހިނގާނެ ޤާނޫނު ކަނޑައަޅާނީ، އެ މައްސަލައިގައި ހިމެނޭ ފަރާތްތަކުން ކަމަށް ]ދިވެހިރާއްޖޭގެ[ އާބިޓްރޭޝަނުގެ ޤާނޫނުގެ 51 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވެއެވެ. އަދި އާބިޓްރޭޝަނަށް ހުށަހެޅިފައިވާ މައްސަލައިގެ މައްޗަށް ހިނގާނެ ޤާނޫނު، މައްސަލައިގައި ހިމެނޭ ފަރާތްތަކުން ކަނޑައަޅާފައިނުވާނަމަ، މައްސަލައިގައި ހިމެނޭ ފަރާތްތަކާއި، މައްސަލައިގައި ހިމެނޭ ޤައުމުތަކާއި، އެ ޤައުމުތަކުގައި ހުރި ޤާނޫނުތަކުގެ ތަފާތަށާއި، އެ ތަފާތުތަކުގެ ސަބަބުން ޚިލާފު އުފެދޭ ކަންކަމުގައި ދެން ޢަމަލުކުރާނެ އުސޫލުތައް ކަނޑައަޅާނީ، ކަމާގުޅޭ ޤާނޫނުތަކަށް ރިޢާޔަތްކޮށްގެން އާބިޓްރަލް ޓްރައިބިއުނަލުންނެވެ. އާބިޓްރަލް ޓްރައިބިއުނަލަކުން މިގޮތަށް ކަނޑައެޅޭނީ މައްސަލައިގައި ހިމެނޭ ފަރާތްތަކުން، އެކަން ކުރުމުގެ ބާރު، އެ ޓްރައިބިއުނަލަށް ދީފައިވާނަމައެވެ. އެގްރީމަންޓެއްގައި ހިމެނޭ ދެފަރާތެއްގެ ދެމެދުގައި އޮތް އެއްބަސްވުމެއްގައި ވަކި ޤާނޫނީ ނިޒާމެއް ތަޠުބީޤުވާނެކަމަށް ބުނެފައި ނުވާނަމަ، އެ ކޮންޓްރެކްޓަކާ އެންމެ ގާތް އަދި އެންމެ ގުޅުން އޮތް(closest and most real connection) ޤާނޫނީ ނިޒާމެއް އެ ކޮންޓްރެކްޓްގެ މައްޗަށް ތަޠުބީޤު ކުރެވިދާނެކަމަށް އަހުރެންނަށް ބުރަވެވެއެވެ.
އާބިޓްރޭޝަނަށް ހުށަހެޅިފައިވާ މައްސަލައިގެ މައްޗަށް ހިނގާނީ ކޮން ޤާނޫނެއްކަން މައްސަލައިގައި ހިމެނޭ ފަރާތްތަކުން ކަނޑައަޅާފައިނުވާ ޙާލަތުގައިވެސް އެމީހުންގެ މެދުގައި އޮތް ތަޢާޤުދީ ގުޅުމުގެ މައްޗަށް ކޮންމެވެސް ޤާނޫނީ ނިޒާމެއް ތަޠުބީޤުވާން ޖެހޭނެއެވެ. މި ރާއްޖޭގައި، މި ދާއިރާގެ ޖޫރިސްޕުރުޑަންސް އަދި އެހާބޮޑަށް ތަރައްޤީވެފައި ނެތަތީވެ، އިނގިރޭސި ވިލާތުގެ ކޯޓުތަކުން ނިންމާފައިވާ މިކަމާ ގުޅުންހުރި ޤަޟިއްޔާތަކަށް ބަލާއިރު، ކޮންޓްރެކްޓްގެ ބައިވެރިން އެ މީހުންގެ މެދުގައި އޮތް ކޮންޓްރެކްޓްގެ މައްޗަށް ހިނގާނެ ޤާނޫނަކީ ކޮބައިކަމާ މެދު އެއްބަސް ވެފައިނުވާނަމަ އެ ޤާނޫނީ ނިޒާމަކީ ކޮބައިތޯ ކޯޓުން ބަލަނީ ޕޮސިޓިވް ރޫލް އޮފް ލޯ (positive rule of law) ގެ އުޞޫލުންކަމަށް ބަޔާންކޮށްފައިވެއެވެ. އެއީ، ކޮންޓްރެކްޓާ ގާތް އަދި އެންމެ ގުޅުން (closest and most real connection) ހުރި ޤާނޫނީ ނިޒާމަކީ ކޮބައިތޯ ބަލައި އެ ނިޒާމް ތަޠުބީޤު ކުރުމުގެ އުޞޫލެވެ. ލޯޑް ޑިޕްލޮކް (Lord Diplock) މި ރިޕޯޓުގެ ޕެރަގްރާފް 36 ގައި ބަޔާންކުރި Tunisienne ޤަޟިއްޔާގެ ޞަފުޙާ 603 އިން 604 ގައި ވިދާޅުވެފައި ވަނީ:
“If, applying these rules [sc the ordinary rules of English law relating to the construction of contracts], the court reaches the conclusion that the parties did not intend to exercise any choice of proper law, or is unable to identify what their choice was, it becomes necessary for the court to proceed to the second stage, of determining itself what is the proper law applicable. In doing so, the court applies the English rule of the conflict of laws … that the proper law is that system of law with which the transaction has its closest and most real connection: Bonython v Commonwealth of Australia [1951] AC 201, 219.
My Lords, this is applied as a positive rule of English law. It is applied not because it is the choice of the parties themselves but because they never intended to exercise their liberty to make a choice or, if they did, they have failed to make their choice clear.”
މިފަދައިންނެވެ. މިއީ ]ދިވެހިރާއްޖޭގެ[ އާބިޓްރޭޝަނުގެ ޤާނޫނުގެ 51 ވަނަ މާއްދާގައި ބުނާ އުޞޫލާ ދާދި އެއްގޮތް އުޞޫލެކެވެ.
ސަންއާއި ހިލްޓަންއާ ދެމެދު ސޮއިކުރި މެނޭޖްމަންޓް އެގްރީމަންޓްގެ މައްޗަށް ހިނގާނީ އިންގްލަންޑް އަދި ވޭލްސްގެ ޤާނޫނު (the laws applicable in England and Wales) ކަމަށް ދެފަރާތުން ވަނީ އެއްބަސްވެފައެވެ. އެގޮތުން، މެނޭޖްމަންޓް އެގްރީމަންޓްގެ 20.1 ވަނަ މާއްދާގައި ބުނަނީ:
20.1 Applicable Law
This Agreement, and any issues arising out of or in connection with it (whether such issue or dispute is contractual or non-contractual in nature (including claims in tort, for breach of statute or regulation) or otherwise) shall be construed, interpreted and applied in accordance with, and shall be governed by, the laws applicable in England and Wales.
މިފަދައިންނެވެ.
ސަންއާއި ހިލްޓަންއާ ދެމެދު އޮތް މެނޭޖްމަންޓް އެގްރީމަންޓްގެ މައްޗަށް ހިނގާނީ އިންގްލަންޑް އަދި ވޭލްސްގެ ޤާނޫނު (the laws applicable in England and Wales) ކަމަށް ދެފަރާތުން ކަނޑައެޅިގެން އެއްބަސްވެފައިވާތީ، މަތީގައިވާ ޕެރަގްރާފް 35 އިން ފެށިގެން 39 އާ ހަމަޔަށް ފާހަގަކުރި ކަންކަމަށް ބަލާއިރު، މި އެގްރީމަންޓާ ގުޅިގެން އުފެދޭ ހުރިހާ ޚުޞޫމަތެއް ޙައްލުކުރުމުގައި ތަޠުބީޤު ކުރަންޖެހޭނީ އިންގްލަންޑް އަދި ވޭލްސްގެ ޤާނޫނު (the laws applicable in England and Wales) ކަން އެނގެއެވެ.
އާބިޓްރޭޓްކުރަން އެއްބަސްވި އެއްބަސްވުމުގެ މައްޗަށް ތަޠުބީޤު ކުރެވޭ ޤާނޫނު
އާބިޓްރަލް ޓްރައިބިއުނަލަށް ހުށަހެޅިފައިވާ މައްސަލަ ބިނާވެފައިވާ އެއްބަސްވުމުގައި އޮތް އާބިޓްރޭޝަނާބެހޭ މާއްދާ އެއީ ވަކިން އޮތް މިނިވަން އާބިޓްރޭޝަނުގެ އެއްބަސްވުމެއްކަމުގައި ބެލެވިދާނެކަމަށް ]ދިވެހިރާއްޖޭގެ[ އާބިޓްރޭޝަނުގެ ޤާނޫނު ގެ 30 ވަނަ މާއްދާގެ (ހ) ގައި ބުނެއެވެ. އަދި އާބިޓްރޭޝަނުގެ މާއްދާއެއް އޮތް އެއްބަސްވުމެއް އާބިޓްރަލް ޓްރައިބިއުނަލުން ބެލުމަށްފަހު އެ އެއްބަސްވުމުގެ ބައެއް މާއްދާތަކަކީ ބާޠިލު މާއްދާތަކެއް ކަމަށް އެ ޓްރައިބިއުނަލުން ކަނޑައެޅުމަކީ، އެ އެއްބަސްވުމުގައި އޮތް އާބިޓްރޭޝަނުގެ މާއްދާ ޞައްޙަނޫން ކަމަށް އޭގެ ޒާތުގައި ބަލަންވީ ސަބަބެއް ނޫންކަމަށް ]ދިވެހިރާއްޖޭގެ[ އާބިޓްރޭޝަނުގެ ޤާނޫނުގެ 30 ވަނަ މާއްދާގެ (ށ) ގައި ބުނެއެވެ. އެކަން އެގޮތަށް އޮތުމުގެ މައިގަނޑު ސަބަބަކީ، ދެބަސްވުމަކާގުޅިގެން ފުރަތަމަކަމަކަށް އާބިޓްރޭޝަނަށް ދެވެނީވެސް، އެ މާއްދާ އެހެން އޮތުމުން ކަމުގައިވާތީއެވެ. އެއްބަސްވުމުގައި ހިމެނޭ އާބިޓްރޭޝަނާބެހޭ މާއްދާ އެއީ ވަކިން އޮންނަ މިނިވަން އާބިޓްރޭޝަނުގެ އެއްބަސްވުމެއްކަން ސާފުކޮށްދެމުން، އިނގިރޭސި ވިލާތުގެ ކޯޓު އޮފް އެޕީލްގެ،
Sulamérica Cia Nacional de Seguros SA v Enesa Engenharia SA [2012] EWCA Civ 638 (at para 26):
ޤަޟިއްޔާގައި ލޯޑް ޖަސްޓިސް މުއާރ-ބިކް (Moore-Bick LJ) ވިދާޅުވެފައިވަނީ:
“The concept of separability itself, however, simply reflects the parties’ presumed intention that their agreed procedure for resolving disputes should remain effective in circumstances that would render the substantive contract ineffective. Its purpose is to give legal effect to that intention, not to insulate the arbitration agreement from the substantive contract for all purposes.”
މިފަދައިންނެވެ. މި ބަޔާންކުރުމަށް ބެލުމުންވެސް، އެއްބަސްވުމެއްގައި ހިމެނޭ އާބިޓްރޭޝަނާ ގުޅޭ މާއްދާއަކީ ކޮންޓްރެކްޓްގެ އެހެން މާއްދާތަކާ ވަކިން އޮންނަ އޭގެ ޒާތުގައި މިނިވަން މާއްދާއެއްކަން އެނގެއެވެ.
އެގްރީމަންޓެއްގައި ހިމެނޭ ދެފަރާތެއްގެ ދެމެދު އުފެދޭ ޚުޞޫމަތްތައް ޙައްލުކުރަން އެއްބަސްވާ އެއްބަސްވުމުގެ މައްޗަށް ނުވަތަ އެގްރީމަންޓްގައި ހިމެނޭ އާބިޓްރޭޝަން މާއްދާގެ މައްޗަށް އާންމު ގޮތެއްގައި ތަޠުބީޤުވާނީ އެގްރީމަންޓްގެ މައްޗަށް ތަޠުބީޤު ވާނެކަމަށް އެގްރީމަންޓްގެ ބައިވެރިން އެއްބަސްވާ ޤާނޫނެވެ. އަދި އެކަށީގެންވާ މަޤްބޫލު ސަބަބެއްނެތި އެގްރީމަންޓްގެ ވަކިވަކި މާއްދާތަކުގެ މައްޗަށް ތަފާތު ޤާނޫނީ ނިޒާމްތައް ތަޠުބީޤު ވާގޮތަށް ބައިބައި ކުރުމަކީ ކުރުން ރަނގަޅުކަމެއް ނޫނެވެ. އެގްރީމަންޓްގެ ވަކިވަކި މާއްދާތަކުގެ މައްޗަށް ތަފާތު ޤާނޫނީ ނިޒާމް ތަޠުބީޤުވާގޮތަށް ކޮންޓްރެކްޓްގެ މާއްދާތައް ބައިބައި ކުރަންޖެހިއްޖެކަމަށް ކޯޓަށް ޤަބޫލުކުރެވޭ ޙާލަތުގައިވެސް އެކަން ކުރަންވާނީ އެގޮތަށް އެކަން ނުކޮށްފިނަމަ ކޮންޓްރެކްޓްގެ ވަކި ބައިވެރިޔަކަށް ފާޅުވެގެންވާ ބޭއިންޞާފެއް (gross injustice) ލިބިގެންދާނެކަން ފާޅުކަން ބޮޑުގޮތެއްގައި ފެންނަން އޮންނަ ޙާލަތްތަކުގައެވެ.
ދެފަރާތުގެ ދެމެދުގައި އޮތް އެގްރީމަންޓްގެ މައްޗަށް ހިނގާނީ ވަކި ޤާނޫނީ ނިޒާމެއް ކަމަށް އެއްބަސްވެފައިވާ ނަމަ، އަދި އާބިޓްރޭޓްކުރަން އެއްބަސްވި މާއްދާގެ މައްޗަށް ވަކި ޤާނޫނީ ނިޒާމެއް ހިނގާނެ ކަމަށް އެއްބަސްވެފައި ނުވާނަމަ، އާބިޓްރޭޓްކުރަން އެއްބަސްވި އެއްބަސްވުމުގެ މައްޗަށް ހިނގާނީ އެ އެގްރީމަންޓްގެ މައްޗަށް ހިނގާނެކަމަށް އެގްރީމަންޓްގެ ބައިވެރިން އެއްބަސްވި ޤާނޫނެވެ. އެއީ، އާބިޓްރޭޝަން ކުރިއަށް ގެންދިއުމަށް އެއްބަސްވެފައިވަނީ ތަފާތު ޖޫރިސްޑިކްޝަނެއްގައި ކަމަށްވީނަމަވެސް މެއެވެ. މި ނުކުތާއާ ގުޅޭގޮތުން،
Redfern and Hunter: Law and Practice of International Commercial Arbitration, 6th ed (2015) at para 3.12
ގެ ކޮމެންޓްރީގައި ބުނެފައިވަނީ:
“Since the arbitration clause is only one of many clauses in a contract, it might seem reasonable to assume that the law chosen by the parties to govern the contract will also govern the arbitration clause. If the parties expressly choose a particular law to govern their agreement, why should some other law - which the parties have not chosen - be applied to only one of the clauses in the agreement, simply because it happens to be the arbitration clause?”
މިފަދައިންނެވެ. އަދި ހަމަ މި މައުޟޫޢުގައި އިނގިރޭސި ވިލާތުގެ ކޯޓް އޮފް އެޕީލްގެ،
Sulamérica Cia Nacional de Seguros SA v Enesa Engenharia SA [2012] EWCA Civ 638 (at para 11):
ޤަޟިއްޔާގައި ލޯޑް ޖަސްޓިސް މުއާރ-ބިކް (Moore-Bick LJ) ވިދާޅުވެފައިވަނީ:
“It is common for parties to make an express choice of law to govern their contract, but unusual for them to make an express choice of the law to govern any arbitration agreement contained within it; and where they have not done so, the natural inference is that they intended the proper law chosen to govern the substantive contract also to govern the agreement to arbitrate.”
މިފަދައިންނެވެ. ބަޔާންވެދިޔަ ނިންމުންތަކަށް ބެލުމުން އެނގިގެންދަނީ ކޮންޓްރެކްޓަކާގުޅިގެން އުފެދޭ ޚުޞޫމަތްތައް އާބިޓްރޭޝަނުން ޙައްލުކުރުމަށް ކޮންޓްރެކްޓްގެ ބައިވެރިން އެއްބަސްވެފައިވާ ޙާލަތުގައި އަދި އެގޮތުން ހިންގޭ އާބިޓްރޭޝަންގެ މައްޗަށް ހިނގާނެ ވަކި ޤާނޫނީ ނިޒާމެއް ކޮންޓްރެކްޓްގެ ބައިވެރިން އިޚްތިޔާރުކޮށްފައިނުވާ ޙާލަތުގައި، އެ އާބިޓްރޭޝަންގެ މައްޗަށް ތަޠުބީޤުކުރެވިގެންދާނީ އެ އެގްރީމަންޓެއްގައި ހިމެނޭ ބައިވެރިންގެ މެދުގައި ވެފައިވާ ކޮންޓްރެކްޓްގެ މައްޗަށް ހިންގުމަށް އެ ކޮންޓްރެކްޓްގެ ބައިވެރިން އެއްބަސްވި ޤާނޫނީ އުސޫލުތައް ކަމެވެ.
މި އުޞޫލަށްވަނީ ބައެއް އެހެން ކޮމެންޓްރީސް ތަކުގައިވެސް ތާއީދުކޮށްފައެވެ. މިގޮތުންMerkin on Arbitration Law, Issue 84 (2020), ގެ ޕެރަގްރާފް 7.12 ގައި ބުނަނީ:
“… even if there is no express contractual statement to that effect, a choice of law clause for the entire agreement is likely to be construed as extending to the arbitration clause. There are numerous decisions to this effect … However, that presumption may be ousted in appropriate circumstances …”
އަދި Dicey, Morris & Collins on The Conflict of Laws, ގެ 15 ވަނަ އެޑިޝަންގެ ޕެރަގްރާފް 017-16 ގައި ބުނަނީ:
“If there is an express choice of law to govern the contract as a whole, the arbitration agreement may also be governed by that law.”
މިފަދައިންނެވެ.
ސަން އާއި ހިލްޓަންއާ ދެމެދު ސޮއިކުރި މެނޭޖްމަންޓް އެގްރީމަންޓްއާ ގުޅިގެން އުފެދޭ ޚުޞޫމަތްތައް ހައްލުކުރުމާ ގުޅޭ މާއްދާ އަކީ ދެފަރާތުގެ ދެމެދު ވެފައިވާ މެނޭޖްމަންޓް އެގްރީމަންޓްގެ 18 ވަނަ މާއްދާއެވެ. އެ އެގްރީމަންޓްގެ 18 ވަނަ މާއްދާގައި ޚުޞޫމަތް ހައްލުކުރުމުގައި ޢަމަލުކުރާނެ ދެ ގޮތެއް ބުނެފައިވެއެވެ. ފުރަތަމަ ގޮތަކީ، މާހިރެއް މެދުވެރިކޮށް ޚުޞޫމަތް ހައްލު ކުރުމެވެ. ދެވަނަ ގޮތަކީ، އާބިޓްރޭޝަނުން ޚުޞޫމަތް ހައްލުކުރުމެވެ. އާބިޓްރޭޝަނުން ޚުޞޫމަތް ހައްލުކުރުމާ ގުޅޭގޮތުން މެނޭޖްމަންޓް އެގްރީމަންޓްގެ 18.2 ވަނަ މާއްދާގައި ބުނަނީ:
18.2 Arbitration
… [T]he Parties irrevocably agree that any dispute, controversy or claim arising out of or in connection with this Agreement, or the breach, termination or invalidity thereof shall be finally settled under the Rules of Arbitration of the International Chamber of Commerce by one (1) or more arbitrators appointed in accordance with the said Rules. Any arbitration proceedings shall be conducted in English. The venue of arbitration shall be Singapore International Arbitration Centre.
މިފަދައިންނެވެ.
މެނޭޖްމަންޓް އެގްރީމަންޓްގެ 18.2 ވަނަ މާއްދާއަށް ބަލާއިރު، ދެފަރާތް ދެމެދު އުފެދޭ ޚުޞޫމަތްތައް ޙައްލު ކުރާނީ ރޫލްސް އޮފް އާބިޓްރޭޝަން އޮފް ދި އިންޓަރނޭޝަނަލް ޗެމްބަރ އޮފް ކޮމާރސް ގެ ދަށުން އެކެއް ނުވަތަ އެއަށްވުރެ ގިނަ އާބިޓްރޭޓަރުން އައްޔަން ކޮށްގެންކަން އެނގެއެވެ. އަދި އާބިޓްރޭޝަން ޕްރޮސީޑިންގްސް ކުރިއަށް ގެންދާނީ އިނގިރޭސި ބަހުން ކަމަށާއި އާބިޓްރޭޝަން އޮންނާނީ ސިންގަޕޫރުގެ އިންޓަރނޭޝަނަލް އާބިޓްރޭޝަން ސެންޓަރުގައި ކަމަށްވެސް ބުނެއެވެ. ސަންއާއި ހިލްޓަންއާ ދެމެދު އޮތް މެނޭޖްމަންޓް އެގްރީމަންޓުގެ އާބިޓްރޭޝަނާބެހޭ މާއްދާގައި އާބިޓްރޭޝަންގެ މައްޗަށް ހިނގާނެ ވަކި ޤާނޫނެއް ބަޔާންކޮށްފައެއް ނެތެވެ.
އެހެންކަމުން، މަތީގައި ބަޔާންކުރެވުނު އުޞޫލުތަކަށް ބަލާއިރު، ސަންއާއި ހިލްޓަންއާ ދެމެދު ސޮއިކުރި މެނޭޖްމަންޓް އެގްރީމަންޓްގެ އާބިޓްރޭޝަނާބެހޭ މާއްދާގެ މައްޗަށް ވެސް ހިނގާނީ އިންގްލަންޑް އަދި ވޭލްސްގެ ޤާނޫނު (the laws applicable in England and Wales) ކަމަށް ބަލަންޖެހެއެވެ.
އާބިޓްރަލް ޕްރޮސީޑިންގްސްގެ މައްޗަށް ތަޠުބީޤު ކުރެވޭ ޤާނޫނު
ބައެއްފަހަރު، އާބިޓްރަލް ޕްރޮސީޑިންގްސް ހިނގަނީ ދެފަރާތުގެ ދެމެދުގައި އޮންނަ ކޮންޓްރެކްޓްގެ މައްޗަށް ހިނގާނެ ކަމަށް އެ ކޮންޓްރެކްޓްގެ ބައިވެރިން އެއްބަސްވެފައިވާ ޤާނޫނީ ނިޒާމުން ބޭރު ތަފާތު އެހެން ޖޫރިސްޑިކްޝަނެއްގައެވެ. ޚާއްޞަގޮތެއްގައި ވިޔަފާރީގެ ބޮޑެތި އެއްބަސްވުންތަކާގުޅިގެން އުފެދޭ ޚުޞޫމަތްތަކުގައި، އާބިޓްރޭޝަންގެ ދާއިރާއިން ކުރިއަރާފައިވާ ދުނިޔޭގެ މަޝްހޫރު އާބިޓްރޭޝަން ސެންޓަރުތައް މެދުވެރިކޮށް ޙައްލު ހޯދުމަކީ އަދުގެ ވިޔަފާރީގެ މުޢާމަލާތްތަކުގައި ޢާންމު ކަމެކެވެ. މިފަދަ ޙާލަތްތަކުގައި، ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގެ މައްޗަށް ހިނގާ ޤާނޫނާއި އެއްބަސްވުމާގުޅިގެން އުފެދޭ ޚުޞޫމަތްތައް ޙައްލުކުރުމަށްޓަކައި ހިންގޭ އާބިޓްރަލް ޕްރޮސީޑިންގްސްގެ މައްޗަށް ހިނގާ ޤާނޫނު (curial law / ކިއުރިއަލް ލޯ) ތަފާތު ވެދެއެވެ. އެގޮތުން،
Greenberg, Kee and Weeramantry, International Commercial Arbitration: An Asia-Pacific Perspective
ގައި، އާބިޓްރަލް ޕްރޮސީޑިންގްސްގެ މައްޗަށް ހިނގާނެ ނެޝަނަލް ލޯ އޮޅުން ފިލުވައިދެމުން ބުނެފައިވަނީ:
“… [The national law applicable to arbitration] legitimises and provides a general legal framework for international arbitration. The relevant law might itself be found in an independent statute on international arbitration or it might be a chapter in another law, such as a civil procedure code or a law also governing domestic arbitration. [It] can also include other statutes and codes (even those not specifically dealing with arbitration), and case law which relates to the basic legal framework of international arbitrations seated there.”
މިފަދައިންނެވެ.
ދެފަރާތުގެ ދެމެދުގައި އުފެދޭ ޚުޞޫމަތް ޙައްލުކުރުމަށްޓަކައި އާބިޓްރޭޝަން ބާއްވާނެ ޤައުމަކީ ކޮބައިކަން ދެފަރާތުގެ ދެމެދުގައި ވެފައިވާ އެގްރީމަންޓުގައި ކަނޑައަޅާފައި ވާނަމަ، އެ އާބިޓްރަލް ޕްރޮސީޑިންގްސްގެ މައްޗަށް ހިނގާނީ އެ އާބިޓްރޭޝަން ބާއްވާ ޤައުމުގެ އާބިޓްރޭޝަނާބެހޭ ޤާނޫނެވެ. މި އުސޫލަކީ އާބިޓްރޭޝަނާގުޅިގެން ހުށަހެޅިފައިވާ މައްސަލަތަކުގައި ގޮތް ކަނޑައެޅި އެ މައްޗަށް މިހާރުވެސް ޢަމަލުކުރެވެމުންދާ އުސޫލެކެވެ. މިސާލަކަށް، ސިންގަޕޫރުގައި އާބިޓްރޭޝަން ބާއްވަން އެއްބަސްވެފައިވާނަމަ އެ އާބިޓްރަލް ޕްރޮސީޑިންގްސްގެ މައްޗަށް ހިނގާނީ ސިންގަޕޫރުގެ އާބިޓްރޭޝަނާބެހޭ ޤާނޫނުކަން ސިންގަޕޫރުގެ ކޯޓުތަކުން ވަނީ ކަނޑައަޅާފައެވެ. މިގޮތުން،
Dermajaya Properties Sdn Bhd v Premium Properties Sdn Bhd [2002] SGHC 53
ޤަޟިއްޔާގެ ޕެރަގްރާފް 54 ގައި، ސިންގަޕޫރު ހައިކޯޓުގައި މައްސަލަ ބެލި ފަނޑިޔާރު ވޫ ބިހް ލީ (Woo Bih Li JC) ވިދާޅުވެފައިވަނީ:
“If Singapore is the place of arbitration, the curial law of Singapore applies … I would add that the curial law, or the lex arbitri as it is sometime called is not necessarily restricted to a set of procedural rules governing the conduct of the arbitration.”
މިފަދައިންނެވެ. އަދި ސިންގަޕޫރުގެ ޕާލިމަންޓްގައި އެ ޤައުމުގެ އާބިޓްރޭޝަން ބިލާ ބެހޭގޮތުން 2001 ވަނަ އަހަރު ބޭއްވުނު ބަހުސްގައި ވެސް، ސިންގަޕޫރުގައި ކުރިއަށްގެންދާ އާބިޓްރޭޝަންތަކުގައި ހިނގާނީ ކޮންކޮން ޤާނޫނުތަކެއްކަން ބަޔާންކޮށްދެއްވަމުން އެ ޤައުމުގެ މިނިސްޓަރ އޮފް ސްޓޭޓް އޮފް ލޯ ވިދާޅުވެފައިވަނީ:
“… the Bill adopts the territorial criterion recommended by the Model Law and affirms the position that every arbitration held in Singapore must be governed by an applicable law of arbitration either under the International Arbitration Act or under this Bill. The Concept of a ‘delocalised’ arbitration unconnected with any system of municipal law would not be recognized under Singapore Law”.
މިފަދައިންނެވެ. އަދި މީގެއިތުރުން، ވިޔަފާރިއާގުޅޭ ބައިނަލްއަޤުވާމީ އާބިޓްރޭޝަންގެ ޤާނޫނީ އުސޫލުތަކާއި ޕްރެކްޓިސްތަކާ ގުޅޭގޮތުން،
Redfern and Hunter: Law and Practice of International Commercial Arbitration 6th ed, (2015) at para 3.63
ކޮމެންޓްރީގައި، އިނގިރޭސިއަކު، ފަރަންސޭސިވިލާތުގައި ދުއްވަން އޭނާގެ ކާރު ގެންދިޔަ ހާދިސާއިން މިސާލުނަގައި ބުނެފައިވަނީ:
“… it would be an odd use of language to say that this notional motorist had opted for ‘French traffic law’; rather, she has chosen to go to France – and the applicability of French law then follows automatically. It is not a matter of choice.”
މިފަދައިންނެވެ.
ސަން އާއި ހިލްޓަންއާ ދެމެދު އޮތް މެނޭޖްމަންޓް އެގްރީމަންޓާ ގުޅިގެން އުފެދޭ ޚުޞޫމަތްތައް އާބިޓްރޭޝަނުން ޙައްލުކުރުމަށްޓަކައި އާބިޓްރޭޝަން ބާއްވާނެ ޤައުމަކީ ކޮބައިކަން ދުރާލައި ދެފަރާތުން ވަނީ އެއްބަސްވެފައެވެ. އެގޮތުން، މެނޭޖްމަންޓް އެގްރީމަންޓްގެ 18.2 ވަނަ މާއްދާގައި ބުނަނީ:
“… [T]he venue of arbitration shall be Singapore International Arbitration Centre.”
މިފަދައިންނެވެ. އެހެންކަމުން، ދެފަރާތުގެ ދެމެދުގައި ވެފައިވާ މެނޭޖްމަންޓް އެގްރީމަންޓްއާ ގުޅިގެން އުފެދޭ ޚުޞޫމަތްތައް ހައްލުކުރުމަށްޓަކައި ސިންގަޕޫރުގައި ކުރިއަށްގެންދެވޭ އާބިޓްރޭޝަން ޕްރޮސީޑިންގްތަކުގެ މައްޗަށް ހިނގާނީ އެ ޤައުމުގެ ޤާނޫނެވެ.
އާބިޓްރޭޝަން ސީޓުގެ މުހިއްމުކަން
ދިވެހިރާއްޖޭގައި ޢަމަލުކުރާ އާބިޓްރޭޝަން މާއްދާއެއް ހިމެނޭ ކޮންމެ ކޮންޓްރެކްޓެއްގެ މައްޗަށް ތަޠުބީޤު ކުރެވޭނީ، ދިވެހިރާއްޖޭގެ ޤާނޫނާއި ދިވެހި ދައުލަތުގެ ޢާންމު ސިޔާސަތަކާ ޚިލާފުނުވާގޮތެއްގެ މަތިން، އެ ކޮންޓްރެކްޓްގެ ބައިވެރިން އެ މައްޗަށް ހިނގާނެ ކަމަށް އިޚްތިޔާރުކޮށް އެއްބަސްވެފައިވާ ޤާނޫނެކެވެ. ދިވެހިރާއްޖޭގެ ޤާނޫނާއި ދިވެހި ދައުލަތުގެ ޢާންމު ސިޔާސަތުތަކާ ޚިލާފުނުވާގޮތެއްގެ މަތިން ކޮންޓްރެކްޓްގެ ޢަހުދު ނެގެހެއްޓުމަކީ ކޯޓުތަކުގެ ވެސް ވާޖިބެކެވެ.
ދެފަރާތެއްގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގައި އާބިޓްރޭޝަން އެގްރީމަންޓްއެއް ހިމަނާފައިވާނަމަ އެ މާއްދާއެއް އެއްބަސްވުމުގެ ބައިވެރިންގެ މައްޗަށް، އަދި އެމީހުން ބުނާ ޓްރައިބިއުނަލެއްގައި ޢަމަލުކުރަންޖެހޭ ކަމަށް އިފްތިރާޟް ކުރަންޖެހޭނެއެވެ. އާބިޓްރޭޝަންއާގުޅޭ މިފަދަ މައްސަލަތަކުގައި ދުނިޔޭގެ ކުރިއަރާފައިވާ މިނިވަން ދީމިޤްރާޠީ މުޖުތަމަޢުތަކުގައި ޢަމަލުކުރަމުންދާ ގޮތަކީ ވެސް މިއީ އެވެ. މިގޮތުން ބަލާއިރު،
Fiona Trust & Holdings Corpn v Privalow [2007 UKHL 40, (at para 13)
ޤަޟިއްޔާގައި ލޯޑް ހޮފްމަން (Lord Hoffmann) ވިދާޅުވެފައިވަނީ:
“[T]he construction of an arbitration clause should start from the assumption that the parties, as rational businessmen, are likely to have intended any dispute arising out of the relationship into which they have entered or purported to enter to be decided by the same tribunal.”
މިފަދައިންނެވެ. އަދި މި އުޞޫލާ ގުޅޭގޮތުން ގެރީ ބޯން (Gary Born) ލިޔުއްވާފައިވާ ކޮމެންޓްރީ ކަމުގައިވާ International Commercial Arbitration, 2nd ed (2014), p1403 ގައި ބުނަނީ:
“In a substantial majority of all jurisdictions, national law provides that international arbitration agreements should be interpreted in light of a ‘pro-arbitration’ presumption. Derived from the policies of leading international arbitration conventions and national arbitration legislation, and from the parties’ likely objectives, this type of presumption provides that a valid arbitration clause should generally be interpreted expansively and, in cases of doubt, extended to encompass disputed claims. That is particularly true where an arbitration clause encompasses some of the parties’ disputes and the question is whether it also applies to related disputes, so that all such controversies can be resolved in a single proceeding.”
މިފަދައިންނެވެ.
ބަޔާންވެދިޔަ ހަމަތަކުގެމަތިން ޕްރޯ އާބިޓްރޭޝަން (pro-arbitration) ނުވަތަ އާބިޓްރޭޝަންއަށް ފަހިވާގޮތަށް އެއްބަސްވުމުގެ މާއްދާތައް މާނަކޮށް އިފްތިރާޟް ކުރިކަމުގައި ވިއަސް، އާބިޓްރޭޝަން އެގްރީމަންޓްއަކީ ވެސް، ކޮންޓްރެކްޓެއްގައި ހިމެނޭ އެހެންވެސް މާއްދާތަކެކޭ އެއްފަދައަކުން، ކޮންޓްރެކްޓް މާނަކުރުމުގެ އުޞޫލާއި ހަމަތަކަށް ބަލައި މާނަކުރަންޖެހޭނެ މާއްދާއެއްކަމަށް އަހުރެން ދެކެމެވެ. އަދި، މި މައްސަލައިގައި ދެފަރާތުގެ ދެމެދު އުފެދިފައިވާ ހުރިހާ ޚުޞޫމަތެއްވެސް އެއް އިޖުރާއަތެއްގެ ތެރެއިން އެއް ޓްރައިބިއުނަލްއެއް ގައި ކުރިއަށް ގެންގޮސް ނިންމުމަކީ މުހިންމުކަމެއް ކަމަށް ދެކެމެވެ.
އާބިޓްރޭޝަން ޕްރޮސެސްގެ މައްޗަށް ތަޠުބީޤު ކުރެވޭ ކިއުރިއަލް ލޯ އާއި އާބިޓްރޭޝަން އެގްރީމަންޓްގެ މައްޗަށް ތަޠުބީޤު ކުރެވޭ ޤާނޫނު ކޮންސެޕްޗުއަލީ (conceptually) ތަފާތެވެ.
Enka Insaat Ve Sanayi AS v OOO Insurance Company Chubb [2020] UKSC 38
ޤަޟިއްޔާގެ ޕެރަގްރާފް 69 ގައި އިނގިރޭސި ވިލާތުގެ ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ކަމަށްވާ ލޯޑް ޙަމްބްލެން އަދި ލޯޑް ލެގަޓް (Lord Hamblen and Lord Leggatt) ވިދާޅުވަނީ:
“[T]he curial law which applies to the arbitration process is conceptually distinct from the law which governs the validity and scope of the arbitration agreement. Whether a choice of the curial law carries any implication that the parties intended the same system of law to govern the arbitration agreement - and, if so, the strength of any such implication - must depend on the content of the relevant curial law.”
މިފަދައިންނެވެ.
ސަންއާއި ހިލްޓަންއާ ދެމެދު އޮތް މެނޭޖްމަންޓް އެގްރީމަންޓަށް ބަލާއިރު، މި އެގްރީމަންޓްގެ 18.2 ވަނަ މާއްދާގައި ބުނަނީ އެއްބަސްވުމުގެ ދަށުން ނުވަތަ އެއްބަސްވުމާގުޅިގެން، އެއްބަސްވުމާ ޚިލާފުވުން ނުވަތަ އެއްބަސްވުން ބާޠިލުކުރުން ނުވަތަ އެއްބަސްވުމުގެ ދަށުން ޞައްޙަނޫން ކަމެއް ކުރުމުން އުފެދޭ ޚުޞޫމަތެއް ނުވަތަ ޚިލާފެއް ނުވަތަ ދަޢުވާއެއް ހައްލުކުރަންވާނީ އެކެއް ނުވަތަ އެއަށްވުރެ ގިނަ އާބިޓްރޭޓަރުން އައްޔަންކޮށްގެން ރޫލްސް އޮފް އާބިޓްރޭޝަން އޮފް ދި އިންޓަރނޭޝަނަލް ޗެމްބަރ އޮފް ކޮމާރސް ގެ އުސޫލުތަކާ އެއްގޮތްވާގޮތުގެ މަތިންކަމަށެވެ. އަދި އާބިޓްރޭޝަން ޕްރޮސީޑިންގްސް ކުރިއަށް ގެންދަންވާނީ އިނގިރޭސި ބަހުންކަމަށާއި އާބިޓްރޭޝަން ހިންގަންވާނީ ސިންގަޕޯރ އިންޓަރނޭޝަނަލް އާބިޓްރޭޝަން ސެންޓަރުގައި ކަމަށެވެ. ދެފަރާތުގެ ދެމެދު ވެވުނު މެނޭޖްމަންޓް އެގްރީމެންޓްއާ ގުޅިގެން އުފެދޭ ޚުޞޫމަތްތަކުގެ އާބިޓްރޭޝަން ބާއްވާނެ ތަނާގުޅޭގޮތުން ދެފަރާތުން އެއްބަސްވި ގޮތް މިއޮތީ ވަރަށް ސާފުކޮށް ފެންނާށެވެ. ސަންއާއި ހިލްޓަންއާ ދެމެދު އޮތް މެނޭޖްމަންޓް އެގްރީމަންޓާ ގުޅިގެން އުފެދޭ ޚުޞޫމަތްތައް ދެފަރާތުން އެއްބަސްވި ގޮތަށް އިންގްލަންޑް އަދި ވޭލްސްގެ ޤާނޫނު(the laws applicable in England and Wales) ތަޠުބީޤުކޮށް، ރޫލްސް އޮފް އާބިޓްރޭޝަން އޮފް ދި އިންޓަރނޭޝަނަލް ޗެމްބަރ އޮފް ކޮމާރސް ގެ އުސޫލުތަކާ އެއްގޮތްވާގޮތުގެ މަތިން އާބިޓްރޭޓްކުރެވެން ޖެހޭނީ ސިންގަޕޫރުގައެވެ. މިހެންވެ، ދެފަރާތުން އެއްބަސްވެފައިވާ ގޮތަށް މެޖޭޖްމަންޓް އެގްރީމެންޓްއާ ގުޅިގެން އުފެދިފައިވާ ޙުޞޫމާތް، އާބިޓްރޭޝަން އިން ޙައްލުކުރުމުގެ ބަދަލުގައި އެނޫން ޓްރައިބިއުނަލްތަކާއި ކޯޓުތަކުގައި ދަޢުވާތައް ކުރުމަށް (ލިޓިގޭޓް ކުރަން)، ނިންމާ ނިންމުން ވެގެންދާނީ ކޮންޓްރެކްޓްގެ ބައިވެރިން އެއްބަސްވިގޮތާ ޚިލާފު ނިންމުމަކަށެވެ.
ބިދޭސީ އާބިޓްރަލް އެވޯޑް ތަންފީޒުކުރުން
ދިވެހިރާއްޖެ ނޫން އެހެން ޤައުމެއްގައި ހިންގާފައިވާ އާބިޓްރޭޝަނަކުން ކަނޑައަޅާފައިވާ އާބިޓްރަލް އެވޯޑްއަކީ، ]ދިވެހިރާއްޖޭގެ[ އާބިޓްރޭޝަނުގެ ޤާނޫނުގައި ބަޔާންކުރާ އުޞޫލުތަކާ ޚިލާފުނުވާހާ ހިނދަކު، ދިވެހިރާއްޖޭގައި ބަލައިގަންނާނެ އަދި ތަންފީޒު ކުރެވޭނެ ނިންމުމެކެވެ. ދިވެހިރާއްޖެ ނޫން އެހެން ޤައުމެއްގެ އާބިޓްރޭޝަން ޓްރައިބިއުނަލަކުން ކަނޑައަޅާފައިވާ އާބިޓްރޭޝަން އެވޯޑެއް ދިވެހިރާއްޖޭގައި ތަންފީޒުކުރަން ބޭނުން ނަމަ އެ މައްސަލަ ހުށަހަޅަންޖެހޭނީ ދިވެހިރާއްޖޭގެ ކަމާބެހޭ ކޯޓަށެވެ. އަދި ދިވެހިރާއްޖޭގައި އެ ނިންމުން ތަންފީޒުކޮށްދޭނީ އެ ކޯޓުން ކުރާ އަމުރަކާ އެއްގޮތްވާގޮތުގެ މަތިންނެވެ.
ދިވެހިރާއްޖެ ނޫން އެހެން ޤައުމެއްގައި ހިންގާފައިވާ އާބިޓްރޭޝަނަކުން ކަނޑައަޅާފައިވާ އާބިޓްރަލް އެވޯޑެއް ދިވެހިރާއްޖޭގައި ބަލައިނުގަންނާނެ ނުވަތަ ތަންފީޒުނުކުރާނެ ޙާލަތުތައް ]ދިވެހިރާއްޖޭގެ[ އާބިޓްރޭޝަނުގެ ޤާނޫނުގެ 74 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވެއެވެ. މިއިން ޙާލަތެއް މެދުވެރިވެގެން އެ އާބިޓްރަލް އެވޯޑެއް ތަންފީޒުކުރުން ހުއްޓާލާނީ އާބިޓްރަލް އެވޯޑް ތަންފީޒުކުރެވެން ނެތްކަމަށް ކޯޓުން ކަނޑައެޅުމުންނެވެ. މިގޮތުން، އާބިޓްރަލް އެވޯޑެއް ތަންފީޒުކުރެވެން ނެތް ޙާލަތްތައްކަމަށް ]ދިވެހިރާއްޖޭގެ[ އާބިޓްރޭޝަނުގެ ޤާނޫނުގެ 74 ވަނަ މާއްދާގެ (ހ) ގެ ނަންބަރު (1) ގައި ބުނާ ކަންކަން ތިރީގައި މި ވަނީއެވެ.
(ހހ)އާބިޓްރޭޝަނުގެ އެއްބަސްވުމުގެ ބައިވެރިންގެ ތެރެއިން އެކަކު ހުރީ، އެ އާބިޓްރޭޝަނުގެ އެއްބަސްވުމުގައި ބައިވެރިވުމަށް ޤާނޫނު ހުއްދަނުކުރާ ޙާލަތްތަކުގެ ތެރެއިން ޙާލަތެއް މެދުވެރިވެފައިކަން؛ ނުވަތަ
(ށށ)އާބިޓްރޭޝަނުގެ އެއްބަސްވުމުގެ ބައިވެރިންގެ ތެރެއިން އެކަކު ހުރީ ޤާނޫނީ ގޮތުން ނުކުޅެދުންތެރި ކަމެއްގައިކަން؛ ނުވަތަ
(ނނ)އާބިޓްރޭޝަނުގެ އެއްބަސްވުމުގެ މައްޗަށް ހިނގާނެކަމަކަށް ކަނޑައަޅާފައިވާ ދިވެހިރާއްޖޭގެ ޤާނޫނަކާ އެ އެއްބަސްވުން ޚިލާފުވާކަން؛ ނުވަތަ
(ރރ)އާބިޓްރޭޓަރު ޢައްޔަނުކުރުމާ ގުޅޭގޮތުން އެކަށީގެންވާ ނޯޓިސް އާބިޓްރޭޓަރު ޢައްޔަނުކުރި ފަރާތުން ދީފައިނުވާކަން؛ ނުވަތަ
(ބބ)އާބިޓްރަލް ޕްރޮސީޑިންގްސް ހިންގަމުންދިޔައިރު، އޭނާގެ މައްސަލަ ހުށަހެޅުމަށް ނުވަތަ އެ މައްސަލައިގައި ވާހަކަ ދެއްކުމަށް އެކަށީގެންވާ ފުރުޞަތު އޭނާއަށް ދީފައިނުވާކަން؛ ނުވަތަ
(ޅޅ)އާބިޓްރޭޝަނަށް ހުށަހެޅި ކަމެއްގެ މައްޗަށް ބިނާވެފައިވާ ނިންމުމަކަށް އާބިޓްރަލް އެވޯޑު ނުވާކަން؛ ނުވަތަ
(ކކ)އާބިޓްރަލް އެވޯޑުގައި ހިމެނޭ ކަމަކީ އާބިޓްރޭޝަނަށް ހުށަހެޅި ކަންތަކުގެ ދާއިރާއިން ބޭރުކަމެއްކަން؛ ނުވަތަ
(އއ)މައްސަލައިގައި ހިމެނޭ ފަރާތްތަކުން އެއްބަސްވެފައިވާ ގޮތުގެމަތިން އެކުލަވާލެވިފައިވާ ނުވަތަ ހިންގިފައިވާ އާބިޓްރޭޝަނަކަށް އެ އާބިޓްރޭޝަން ނުވާކަން، ނުވަތަ އެ ޓްރައިބިއުނަލަކީ، އެފަދައިން އެކުލަވާލެވިފައިވާ ނުވަތަ ހިންގިފައިވާ ޓްރައިބިއުނަލަކަށް ނުވާކަން؛ ނުވަތަ
(ވވ)އެ މައްސަލަ ބެލުމުގައި އާބިޓްރޭޓަރުގެ ފަރާތުން މަކަރާއި ޙީލަތް ހެދުމުގެ ކުށް ނުވަތަ ކޮރަޕްޝަނުގެ ކުށް ސާބިތުވެފައިވުން.
]ދިވެހިރާއްޖޭގެ[ އާބިޓްރޭޝަނުގެ ޤާނޫނުގެ 74 ވަނަ މާއްދާގެ (ހ) ގެ ނަންބަރު (2) ގައި ބުނާ ކަންކަމުގެ ތެރެއިން ކަމެއް ކޯޓަށް ޤަބޫލުކުރެވޭނަމަ، އާބިޓްރަލް އެވޯޑް ތަންފީޒު ނުކުރުމަށް ކޯޓަށް އެންގިދާނެއެވެ. މި ކަންކަމަކީ:
(ހހ)ދިވެހިރާއްޖޭގެ ޤާނޫނެއް ނިޔާކުރާގޮތުން އެ މައްސަލައަކީ އާބިޓްރޭޝަނުން ނިންމެން އޮތް މައްސަލައެއް ނޫންކަން؛ ނުވަތަ
(ށށ)އާބިޓްރޭޝަނުން ނިންމި ނިންމުމަކީ، ދިވެހި ދައުލަތުގެ ޢާންމު ސިޔާސަތަކާ ޚިލާފު ނިންމުމެއްކަން؛ މިއެވެ.
1958 ވަނަ އަހަރުގެ ދި ކޮންވެންޝަން އޮން ދި ރެކޮގްނިޝަން އެންޑް އެންފޯސްމަންޓް އޮފް ފޮރިން އާބިޓްރަލް އެވޯޑްސް (ނިއު ޔޯކް ކޮންވެންޝަން) އަކީ ވެސް ދިވެހިރާއްޖެއިން ބައިވެރިވެފައިވާ އިންޓަރނޭޝަނަލް އިންސްޓްރުމަންޓެކެވެ. ދިވެހިރާއްޖެއިން މި މުޢާހަދާގައި ބައިވެރިވެފައިވަނީ17 ސެޕްޓެންބަރު 2019 ގައެވެ. ނިއު ޔޯކް ކޮންވެންޝަންގައި ބައިވެރިވެފައިވާ ޤައުމެއްގެ ކޯޓަށް ނިއު ޔޯކް ކޮންވެންޝަން ތަޠުބީޤުވާ އާބިޓްރޭޝަން އެގްރީމަންޓެއްގެ މައްސަލަ ހުށަހަޅައިފިނަމަ، އަދި އާބިޓްރޭޝަން އެއްބަސްވުމަކީ ޞައްޙަ އެއްބަސްވުމެއް ނަމަ، އެ މައްސަލައެއް އާބިޓްރޭޝަނަށް ފޮނުވުމަކީ ކޯޓުން ކުރަންޖެހޭނެކަމެކެވެ. ނިއު ޔޯކް ކޮންވެންޝަން ގެ އާޓިކަލް (3)II ގައި ބުނަނީ:
“The court of a Contracting State, when seized of an action in a matter in respect of which the parties have made an agreement within the meaning of this article, shall, at the request of one of the parties, refer the parties to arbitration, unless it finds that the said agreement is null and void, inoperative or incapable of being performed.”
މިފަދައިންނެވެ. އެހެންނަމަވެސް، އާބިޓްރޭޝަން އެގްރީމަންޓްގެ ޞައްޙަކަން ބެލުމުގައި ތަޠުބީޤުކުރާނެ ޤާނޫނެއް ނިއު ޔޯކް ކޮންވެންޝަން ގެ އާޓިކަލް II ގައި ބުނެފައެއް ނުވެއެވެ.
އާބިޓްރޭޝަން އެގްރީމަންޓްގެ ޞައްޙަކަމާމެދު ދެފަރާތުގެ ދެމެދުގައި އުފެދޭ ޚުޞޫމަތަކީ އާބިޓްރޭޝަނުން ގޮތެއް ނިންމަންޖެހޭ ކަމެއްތޯ ބެލުމަކީ، އާބިޓްރޭޝަނަށް މައްސަލަ ހުށަހަޅާ ހިސާބުން ފެށިގެން އާބިޓްރޭޝަނުން ކަނޑައެޅި އެވޯޑް ތަންފީޒުކުރުމާ ހަމަޔަށްވެސް ނުކުމެދާނެ ކަމެކެވެ. މިކަމާގުޅޭގޮތުން ނިއު ޔޯކް ކޮންވެންޝަން ގެ އާޓިކަލް V(1)(c) އަށް ބަލާއިރު އެ މާއްދާގައި ބުނަނީ:
“[Recognition and enforcement of the award may be refused if] [t]he award deals with a difference not contemplated by or not falling within the terms of the submission to arbitration, or it contains decisions on matters beyond the scope of the submission to arbitration …”.
މިފަދައިންނެވެ.
ދިވެހިރާއްޖޭގައި ތަންފީޒު ކުރަންޖެހޭ އާބިޓްރަލް އެވޯޑެއް ބާޠިލުކުރުމަށް އެދި، އެ އެވޯޑު ކަނޑައެޅި އާބިޓްރަލް ޓްރައިބިއުނަލަށް ހުށަހެޅި މައްސަލައިގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން ފަރާތަކަށް ކޯޓަށް ހުށަހެޅިދާނެއެވެ. އަދި އާބިޓްރަލް އެވޯޑެއް ބާޠިލުކުރެވޭނެ ދެ ހާލަތެއް ]ދިވެހިރާއްޖޭގެ[ އާބިޓްރޭޝަނުގެ ޤާނޫނުގެ 69 ވަނަ މާއްދާގައި ބުނެއެވެ. އާބިޓްރަލް އެވޯޑެއް ބާޠިލުކުރުމަށް އެދި ކޯޓަށް ހުށަހެޅޭނީ އެ އެވޯޑުދިން ތާރީޚުން ފެށިގެން 3 (ތިނެއް) މަސް ދުވަސް ހަމަވުމުގެ ކުރިންނެވެ. އަދި އެ މުއްދަތު ހަމަވުމަށްފަހު، އެ އެވޯޑު ބާޠިލްކުރުމަށް ކޯޓަށް ހުށައެއްނޭޅޭނެއެވެ.
ސަންއާއި ހިލްޓަންއާ ދެމެދު އޮތް މެނޭޖްމަންޓް އެގްރީމަންޓަކީ ބައިނަލްއަޤުވާމީ އާބިޓްރޭޝަންގެ އުޞޫލުން ސިންގަޕޫރުގައި ބަލައި ނިމި އާބިޓްރަލް އެވޯޑް ދީފައިވާ މައްސަލައެއް ކަމަށްވެފައި، މި އެވޯޑް ތަންފީޒު ކުރެވެނީ ދިވެހިރާއްޖޭގައި ކަމުން، އެވޯޑް ތަންފީޒު ކުރެވޭނީ ދިވެހިރާއްޖޭގެ އާބިޓްރޭޝަންގެ ޤާނޫނާ އެއްގޮތަށެވެ.
ހައިކޯޓުގެ ނިންމުން ރަނގަޅުތޯ ބެލުން
ހައިކޯޓުން ނިންމާފައިވާ ޤަޟިއްޔާއެއް ނުވަތަ ނެރެފައިވާ އަމުރެއް ނުވަތަ ނިންމާފައިވާ ނިންމުމެއްކަމުގައި ވީނަމަވެސް، ޤާނޫނުއަސާސީއާ ނުވަތަ ޤާނޫނަކާ ނުވަތަ ޤާނޫނަކުން ބާރުލިބިގެން ހަދާފައިވާ ޤަވާޢިދަކާ ޚިލާފުކަމަށް ޤަބޫލުކުރެވިގެން، އެކަން ފާހަގަކޮށް، ކަމުގެ މަޞްލަޙަތު އޮތް ފަރާތަކުން ހުށަހަޅާ މައްސަލަތައް ބެލުމަކީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު އިން ސުޕްރީމް ކޯޓަށް ލިބިދީފައިވާ ބާރެކެވެ. އެގޮތުން، ހައިކޯޓުން ނިންމާ މައްސަލަތައް ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރެވޭނެ ޙާލަތްތަކަކީ ކޮބައިކަން ބަޔާންކޮށްދެމުން ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު ގެ 16 ވަނަ މާއްދާގައި މައިގަނޑު ދެ ޙާލަތެއް ބަޔާންކޮށްފައިވެއެވެ. ފުރަތަމަ ޙާލަތަކީ، އިސްތިއުނާފުކުރުމަށް އެދި ހުށަހަޅާފައިވާ ހައިކޯޓުގެ ޙުކުމް ނުވަތަ ނިންމުން ބިނާކުރެވިފައިވަނީ ޤާނޫނާ ޚިލާފަށްކަމަށް ޤަބޫލުކުރެވޭ ސަބަބުތަކެއް ހުރުން؛ ނުވަތަ ޤާނޫނު ތަޠުބީޤުކުރުމުގައި ނުވަތަ ޤާނޫނު މާނަކުރުމުގައި ކުށެއް ހެދިފައިވާކަމަށް ޤަބޫލުކުރެވޭ ސަބަބުތަކެއް ހުރުމެވެ. ދެވަނަ ޙާލަތަކީ، ހައިކޯޓުގެ ޙުކުމުގެ ނުވަތަ ނިންމުމުގެ ކުރިއަށް އައި އިޖުރާއަތެއްގައި ހިމެނުނު އައިބެއްގެ ސަބަބުން އެ ޙުކުމް ނުވަތަ ނިންމުމަށް އަސަރު ފޯރުވި އިޖުރާއަތަކީ ބާޠިލު އިޖުރާއަތެއް ކަމުގައިވުން، މިއެވެ.ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2017/HC-A/237 ޤަޟިއްޔާ އެ ކޯޓުން ނިންމާފައިވަނީ ޤާނޫނާ އެއްގޮތަށް ނޫންކަމަށް ބުނެ ސަންގެ ފަރާތުން ސުޕްރީމް ކޯޓުގައި ފާހަގަކުރި ނުކުތާއަކީ، އެ ޤަޟިއްޔާ ނިންމުމުގައި ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 12 ވަނަ މާއްދާއާއި 13 ވަނަ މާއްދާއާއި 16 ވަނަ މާއްދާއަށް ރިޢާޔަތް ކުރުމެއްނެތި މައްސަލަ ނިންމާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
ޙަވާލާދެވުނު ހައިކޯޓުގެ ނިންމުން އެ ކޯޓުން ބިނާކުރި މައިގަނޑު އަސާސަކީ، މި މައްސަލައި ސަންއިން ފާހަގަކޮށްފައިވާ ކަންކަމަކީ ސަންއާއި ހިލްޓަންއާ ދެމެދު އޮތް މެނޭޖްމަންޓް އެގްރީމަންޓްގެ ދަށުން ސިންގަޕޫރުގެ އިންޓަރނޭޝަނަލް އާބިޓްރޭޝަން ސެންޓަރަށް ހުށަހެޅުނު އެ ސެންޓަރުގެ ނަންބަރު TO/19482 ޤަޟިއްޔާގައި، ސަންގެ ފަރާތުން ކައުންޓަރ ކްލެއިމްއެއްގެ ގޮތުގައި ހުށަހަޅައި، ވަރަށް ތަފްޞީލީގޮތެއްގައި އެކަމާމެދު ވާހަކަ ދެކެވި، އެ ކަންކަމަކީ ސާބިތުވާ ކަންތައްތަކެއް ނޫންކަމަށް އެ ޓްރައިބިއުނަލްއިން ނިންމާފައިވާތީއާއި، ސިވިލް ކޯޓުގެ ނަންބަރު 2283/Cv-C/2016 ޤަޟިއްޔާގައި ސަންގެ ފަރާތުން ކޮށްފައިވާ ދަޢުވާއަކީ އާބިޓްރޭޝަން އަށް ހުށަހެޅުނު މައްސަލައިގައި އެ ޓްރައިބިއުނަލުން ތަފްޞީލީ ގޮތެއްގައި ވާހަކަދައްކައި ގޮތްތަކެއް ކަނޑައަޅާފައިވާ ކަންތައްތަކެއްކަން އެނގެން އޮތުމުން އެކަންކަމާމެދު އަލުން ގޮތެއް ކަނޑައެޅުމަށްޓަކައި އެ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅައިގެން ކުރިއަށް ގެންދެވިދާނެ މައްސަލައަކަށް ނުވުމެވެ.
ކޮންޓްރެކްޓަކާ ގުޅިގެން އުފެދޭ ޚުޞޫމަތްތަކަށް އާބިޓްރޭޝަން މެދުވެރިކޮށް ޙައްލު ހޯދުމަކީ [ދިވެހިރާއްޖޭގެ] ކޮންޓްރެކްޓާބެހޭ ޤާނޫނު ހުއްދަކުރާ އަދި އެ ޤާނޫނުގެ އިމުގެތެރޭގައި ހިމެނޭ ކަމެކެވެ. އެގޮތުން، އާބިޓްރޭޝަން މެދުވެރިކޮށް ޙައްލު ހޯދުމަށް ކޮންޓްރެކްޓްގެ ބައިވެރިން އެއްބަސްވެފައިވާ ކޮންޓްރެކްޓް ތަކާގުޅިގެން ހިންގޭ އާބިޓްރޭޝަންތަކުގައި ތަޠުބީޤުކުރެވޭނެ ޤާނޫނުތަކަކީ ކޮބައިކަމާއި އެފަދަ މައްސަލަތަކުގައި ހިންގޭނެ އިޖުރާއާތުތަކަކީ ކޮބައިކަން މަތީގައި ބަޔާންވެދިޔަ ނުކުތާތަކުގައި ތަފްޞީލީގޮތެއްގައި ވާނީ ބަޔާންކުރެވިފައެވެ.
ސަންއާއި ހިލްޓަންއާ ދެމެދު ވެފައިވާ މެނޭޖްމަންޓް އެގްރީމަންޓާގުޅިގެން އުފެދޭ އެންމެހައި ޚުޞޫމަތްތައް ޙައްލުކުރުމަށް ދެފަރާތުން އެއްބަސްވެފައިވާ ގޮތަކީ މައްސަލަ އާބިޓްރޭޝަނަށް ހުށަހަޅައިގެން ޙައްލު ހޯދުންކަން މެނޭޖްމަންޓް އެގްރީމަންޓްއަށް ބެލުމުން އެނގެއެވެ. އެގޮތުން، ހުށަހެޅިފައިމިވާ މައްސަލައަކީ، ސަންއާއި ހިލްޓަންއާ ދެމެދު އުފެދުނު ޚުޞޫމަތް ޙައްލުކުރުމަށްޓަކައި އެއްބަސްވުމާ އެއްގޮތަށް މައްސަލަ އާބިޓްރޭޝަނަށް ހުށަހަޅައި، ދެފަރާތުން ފާހަގަކުރަން ބޭނުންވާ ކަންކަން އެ ޓްރައިބިއުނަލްގައި ފާހަގަކޮށް، އެކަންކަމާމެދު ޓްރައިބިއުނަލްއިން ގޮތްތަކެއް ކަނޑައަޅައި އާބިޓްރަލް އެވޯޑް ދީފައިވާ މައްސަލައެއްކަމުން، ދެން ކުރިއަށް ގެންދަންވާނީ އެ އާބިޓްރަލް އެވޯޑް ތަންފީޒުކުރުމާ ގުޅޭގޮތުން ކުރަންޖެހޭ ކަންތައްތައްކަމާއި، އެ މައުޟޫޢުގައި އެނޫން ދަޢުވާތައްކޮށް އެނޫން ކަންކަމާމެދު އާބިޓްރޭޝަންގެ ބޭރުން ގޮތް ކަނޑައެޅުމަކީ ކޮށްގެންވާނެ ކަމެއް ނޫންކަން ހަމަޖެހިފައިވާ ޤާނޫނުތަކާއި އިޖުރާއާތުތަކާއި އަދި ކަމާގުޅުންހުރި ޖޫރިސްޕްރުޑެންސްއަށް ބެލުމުން އެނގެން އޮވެއެވެ.
ސަންގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހަޅާފައި މިވާ މައްސަލައިގައި، ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވާ އެ ކޯޓުގެ ނަންބަރު 2017/HC-A/237 ޤަޟިއްޔާގެ ނިންމުން ރަނގަޅު ނޫންކަމަށް ބަލަންޖެހޭ ޝަރުޢީ އަދި ޤާނޫނީ ސަބަބެއް ހުށަހެޅިފައިވާކަމަށް ޤަބޫލެއް ނުކުރެވެއެވެ. އެހެންކަމުން، މި މައްސަލައަށް ތަޠުބީޤުކުރެވޭނެ ބައިނަލްއަޤުވާމީ އަދި ޤައުމީ ޤާނޫނުތަކާއި އިޖުރާއީ އުސޫލުތަކަށް ރިޢާޔަތްކުރުމުން އަހުރެންނަށް ބުރަވެވެނީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު2017/HC-A/237 ޤަޟިއްޔާ އެ ކޯޓުން ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކުމަތިން ކަމަށެވެ.
ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔުމި މައްސަލައިގައި އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާންގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔު
މި މައްސަލައިގައި އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާންގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ޙުކުމް
ދެންފަހެ، އިސްވެ ބަޔާންވެދިޔަ ކަންކަން އެހެން ހުރުމުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2017/HC-A/237 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަށް ބަދަލުގެންނަން ޖެހޭ ޤާނޫނީ ސަބަބެއް ނެތްކަމަށް މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައިފީމެވެ.
މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:ޢާއިޝާ ޝުޖޫން މުޙައްމަދު އަޙްމަދު މުޢުތަޞިމް ޢަދުނާން މަޙާޒު ޢަލީ ޒާހިރު (ރިޔާސަތު)
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.