ފާޠިމަތު އިފާޝާ ވ. ކޮރަލް އައިލެންޑް ރިސޯޓްސް ޕްރައިވެޓް ލިމިޓެޑް
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- 2022/HC-A/122
- ފަހުގެ ތާރީޚު
- —
ކޯ ޓާމްސް
ޚުލާޞާ
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- މުސާރައިން އުނިކުރުން ޤާނޫނާ ޚިލާފުކަމަށް ކަނޑައެޅުމަށްފަހު، ނުލިބިވާ މުސާރައިގެ މިންވަރު ކަނޑައެޅުމަށް ހައިކޯޓުން މައްސަލަ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ތަޙްވީލުކުރުމަކީ، ޢަދަދު ހުށަހެޅިފައިވާ ލިޔެކިޔުމުން ކަށަވަރުވާ ހާލަތެއްގައި ކޯޓުތަކުގެ ޤާނޫނުގެ 32(ނ) އާއި 46(ށ) އާ އެއްގޮތް ނިންމުމެއްތޯ.
ނިންމުން
ބައެއް ބަދަލުކުރިބައެއް ބަދަލުކުރި: ހައިކޯޓުގެ ޙުކުމުގެ ތަޙްވީލުކުރި ބައި ބާޠިލު، އެހެން ބައިތައް ޤާއިމް؛ ނުލިބިވާ މުސާރަ 191,300 ރުފިޔާ 14 ދުވަހުގެ ތެރޭގައި ދެއްކުމަށް ޙުކުމް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 ޤާނޫނަކުން އިސްތިސްނާ ނުކުރާނަމަ ހައިކޯޓަކީ ދަށު ކޯޓުތަކުގެ ނިންމުންތައް އިސްތިއުނާފު ކުރެވޭ ކޯޓެވެ؛ އިސްތިއުނާފު މައްސަލައިގެ އަސާސަކީ ދަށު ކޯޓުގައި ހުށަހެޅުނު ހެކިތަކާއި ދިފާޢުތަކެވެ؛ ދަށު ކޯޓުގައި ނުބެލި ހުރި ކަންތައްތަކެއް ހުރިކަމަށް ފާހަގަކުރެވި، އަލުން ބެލުމުގެ މަޞްލަޙަތު ބޮޑުކަމުގައި ފެންނަނަމަ، ޤާނޫނީ އުޞޫލުތައް ކަނޑައަޅައި މައްސަލަ ދަށު ކޯޓަށް ފޮނުވުމުގެ އިޚްތިޔާރު ހައިކޯޓަށް ލިބިގެންވެއެވެ.
HN2 ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 32 ވަނަ މާއްދާގެ (ނ) އާއި 46 ވަނަ މާއްދާގެ (ށ) ގެ ދަށުން، ހައިކޯޓަށް އިސްތިއުނާފު ކުރެވޭ މައްސަލައެއް ދަށު ކޯޓަށް ނުވަތަ ޓްރައިބިއުނަލަށް އަލުން ބެލުމަށް ފޮނުވަންޖެހޭނީ އަލުން ބެލުމުގެ މަޞްލަޙަތު ބޮޑުކަމަށް ފެނިއްޖެ ޙާލަތުގައެވެ؛ އެ މަޞްލަޙަތު ބޮޑުތޯ ބެލެނީ ކޮންމެ މައްސަލައެއްގެ ކަންހިނގާފައިވާ ގޮތަށް ބަލައި ވަކިވަކިންނެވެ.
HN3 ސުޕްރީމް ކޯޓުން އިސްތިއުނާފު ބަލަނީ ހައިކޯޓަށް ހުށަހެޅުނު ކަންކަން އަސާސެއްކަމުގައި ބަލައިގެންނެވެ؛ ހައިކޯޓުގައި ޠަޢުނު ނުކޮށް ޓްރައިބިއުނަލުގެ ޙުކުމް ދެމެހެއްޓުމަށް ވަކާލާތުކުރި ފަރާތަކަށް، ކަނޑައެޅިފައިވާ ހަމަތަކުގެ މަތިން ހުއްދަކުރާ ސަބަބެއް ދައްކާފައިނުވާނަމަ، ހައިކޯޓުގައި ނުދެއްކި ހުއްޖަތެއް ސުޕްރީމް ކޯޓުގައި ބަލައިގަނެވޭކަށް ނެތެވެ.
HN4 މުސާރަ ހޯދުމަށް އެދޭ މުއްދަތުގައި މުވައްޒަފު ވަޒީފާގައި ދެމިހުރިކަމާއި ވަޒީފާއިން ވަކިވި ތާރީޚު ދެބަސްނުވާ ޙަޤީޤަތްތަކަށްވެ، އެދޭ މުސާރައިގެ ޢަދަދު ހުށަހެޅިފައިވާ ލިޔެކިޔުމުން ކަށަވަރުވާ ހާލަތެއްގައި، އަލުން ކަށަވަރުކުރަންޖެހޭ ޙަޤީޤަތެއް ނެތުމުން ތަޙްވީލުކުރުމުގެ ބޮޑު މަޞްލަޙަތެއް ނެތެވެ؛ ވަޒީފާއާ ގުޅޭ މައްސަލައެއް އަލުން ފޮނުވުމުގެ ނަތީޖާއަކީ މައްސަލަ ދިގުދެމިގެން ގޮސް އިންސާފު ހޯދުމަށް ކުރާ ދަތުރުގެ ރާސްތާ ދިގުވުމެވެ.
HN5 އެފަދަ ހާލަތެއްގައި ހައިކޯޓުގެ ނިންމުމުގެ ތަޙްވީލުކުރި ބައި ބާޠިލުކޮށް، ހުށަހެޅިފައިވާ ލިޔެކިޔުމުން ސާބިތުވާ ޢަދަދު ސުޕްރީމް ކޯޓުން ސީދާ ނަގައިދެވިދާނެއެވެ.
ވަކީލުންނާއި ފަނޑިޔާރުން
- ވަކީލުން
- —
- ބެންޗު
- ޑރ. މުޙައްމަދު އިބްރާހީމް، ޢާއިޝާ ޝުޖޫން މުޙައްމަދު، ޢަބްދުﷲ ޙަމީދު
- ރިޔާސަތު
- —
- ރައުޔު ލިޔުނު ފަނޑިޔާރު
- ޑރ. މުޙައްމަދު އިބްރާހީމް · ތާއީދުކުރެއްވީ: ޢާއިޝާ ޝުޖޫން މުޙައްމަދު، ޢަބްދުﷲ ޙަމީދު
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.
ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔު.....11
ފަނޑިޔާރު ޢަބްދުﷲ ޙަމީދުގެ ރައުޔު.....11
ޙުކުމް.....11 بـ إِسْرَائِرَ إِلَيْهِمِ ފާޠިމަތު އިފާޝާ ވ. ކޮރަލް އައިލެންޑް ރިސޯޓްސް މޯލްޑިވްސް ޕވޓ ލޓޑ [2025] SC 23
ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔު (ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު އަދި ފަނޑިޔާރު
ޢަބްދުﷲ ޙަމީދު ތާއީދުކުރައްވާފައި) ތަޢާރަފް
1މިއީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2022/HC-A/122 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް […] ފާޠިމަތު އިފާޝާ'ގެ (މީގެ ފަހުން "ފާޠިމަތު އިފާޝާ" ނުވަތަ "އިސްތިއުނާފު ކުރާ ފަރާތް" މިހެން އިޝާރާތްކޮށްފައިވާ) ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުމުން މި ކޯޓުގެ ނަންބަރު 2024/SC-A/34 ޤަޟިއްޔާއިން ބަލާފައިވާ މައްސަލައެކެވެ. މި މައްސަލައިގެ އިސްތިއުނާފު ރައްދުވާ ފަރާތަކީ ކޮރަލް އައިލެންޑް ރިސޯޓްސް މޯލްޑިވްސް ޕވޓ ލޓޑ (މީގެ ފަހުން "ކޮރަލް އައިލެންޑް ރިސޯޓްސް" ނުވަތަ "އިސްތިއުނާފު ރައްދުވާ ފަރާތް" މިހެން އިޝާރާތްކޮށްފައިވާ) އެވެ.
ކަންހިނގާދިޔަ ގޮތުގެ ޚުލާސާ
2ފާޠިމަތު އިފާޝާ އަކީ ކިހާ މޯލްޑިވްސް ބައި ކޮރަލް އައިލެންޑް ރިސޯޓްސްގެ ސޭލްސް މެނޭޖަރގެ މަޤާމުގައި 28 ފެބުރުވަރީ 2019 އިން ފެށިގެން ވަޒީފާ އަދާކުރަމުންދިޔަ ފަރާތެކެވެ. އޭނާ ވަޒީފާއިން ވަކިވެފައިވަނީ އަމިއްލަ އަށް އެދިގެން 13 ސެޕްޓެންބަރު 2020 ގައެވެ.
3ފާޠިމަތު އިފާޝާގެ ވަޒީފާގެ އަސާސީ މުސާރަ އަކީ މަހަކު 2500 އެމެރިކާ ޑޮލަރު (ދެހާސް ފައްސަތޭކަ އެމެރިކާ ޑޮލަރު) އެވެ.
4ފާޠިމަތު އިފާޝާ ވަޒީފާ އަދާކުރަމުން ދަނިކޮށް ކޮރަލް އައިލެންޑް ރިސޯޓްސް އިން 2020 ވަނަ އަހަރުގެ މާރިޗު މަހުން ފެށިގެން ހަމަ މުސާރަ ދިނުން ހުއްޓާލުމާއެކު އޭނާ ވަޒީފާއިން ވަކިވި ދުވަހާ ހަމައަށް ހަމަ މުސާރަ ލިބިފައި ނުވެއެވެ. ފާޠިމަތު އިފާޝާ ވަޒީފާއިން ވަކިވީ 13 ސެޕްޓެންބަރު 2020 ގައެވެ. މި ދެންނެވި ސެޕްޓެންބަރު މަހުގެ 13 (ތޭރަ) ދުވަހުގެ މުސާރަ ވަނީ އޭނާ ދޫކޮށްލާފައެވެ. އެހެންކަމުން، އޭނާގެ ވަޒީފާގެ ޝަކުވާ ބިނާކޮށްފައިވަނީ 2020 ވަނަ އަހަރުގެ މާރިޗު މަހުން ފެށިގެން އެ އަހަރު އޮގަސްޓު މަހުގެ ނިޔަލަށް ލިބެންޖެހޭ ހަމަ މުސާރަ ހޯދުމަށެވެ.
5އެގޮތުން، ފާޠިމަތު އިފާޝާ މުސާރައިގެ ގޮތުގައި މިހާތަނަށް ލިބިފައިނުވަނީ ޖުމްލަ -/191,300ރ. (އެއްލައްކަ ނުވަދިހައެއްހާސް ތިންސަތޭކަ ރުފިޔާ) އެވެ. މި ޢަދަދު ހިސާބު ޖަހާފައިވަނީ ފާޠިމަތު އިފާޝާއަށް މަހު މުސާރައިގެ ގޮތުގައި ލިބެމުންދިޔަ 2500 އެމެރިކާ ޑޮލަރު (ދެހާސް ފައްސަތޭކަ އެމެރިކާ ޑޮލަރު) ދިވެހި ފައިސާއަށް -/15.42ރ. (ފަނަރަ ރުފިޔާ ސާޅީސް ދެލާރި) ގެ ނިސްބަތުން ބަދަލުކުރުމުން ނިކުންނަ -/38,550ރ. (ތިރީސް އަށްހާސް ފައްސަތޭކަ ފަންސާސް ރުފިޔާ) އަސާސެއް ކަމަށް ބަލައިގެންކަން ހުށަހަޅާފައިވާ ލިޔެކިއުންތަކުން އެނގެއެވެ. މި ފައިސާ ހޯދުމަށް އެދި ފާޠިމަތު އިފާޝާގެ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ("ޓްރައިބިއުނަލް") މައްސަލައެއް ހުށަހެޅިއެވެ.
6ނަމަވެސް، ފާޠިމަތު އިފާޝާއަށް އޭނާ އެދިފައިވާ ފަދައިން -/191,300ރ. (އެއްލައްކަ ނުވަދިހައެއްހާސް ތިންސަތޭކަ ރުފިޔާ) މުސާރައިގެ ގޮތުގައި ޓްރައިބިއުނަލުން ނަގައިދީފައި ނުވެއެވެ. ޓްރައިބިއުނަލުގެ މި ނިންމުން ބިނާވެފައިވާ މައިގަނޑު ސަބަބަކީ ކޮރަލް އައިލެންޑް ރިސޯޓުން ކޮވިޑް- 19 އާ ގުޅިގެން 19 މާރިޗު 2020 ގައި ކަނޑައަޅާފައިވާ ސިޔާސަތުގެ ދަށުން ވަގުތީ ގޮތުން މުވައްޒަފުންގެ މުސާރައިން އުނިކުރުމުގެ އިޚްތިޔާރު ވަޒީފާދޭ ފަރާތުގެ ހައިސިއްޔަތުން ކޮރަލް އައިލެންޑް ރިސޯޓަށް ދީފައި އޮންނަ އޮތުން ބަލައިގަނެ ފާޠިމަތު އިފާޝާ ވެސް އެ ލިޔުމުގައި ސޮއިކޮށްފައިވާކަން އެނގެން އޮންނާތީއެވެ.
7މިއަށްފަހު، ޓްރައިބިއުނަލުގެ ނިންމުން ފާޠިމަތު އިފާޝާގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް އިސްތިއުނާފު ކުރުމުން އެ ކޯޓުން ވަނީ ޓްރައިބިއުނަލުގެ ނިންމުން ބާޠިލުކޮށް، މުސާރައިގެ މިންވަރު ކަނޑައެޅުމަށްޓަކައި ޓްރައިބިއުނަލަށް މައްސަލަ ތަޙްވީލުކޮށްފައެވެ.
8މިހާރު ކުރިމަތީގައި މި އޮތް މައްސަލައަކީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމުމުގައި ޓްރައިބިއުނަލަށް މައްސަލަ ތަޙްވީލުކުރި ކުރުމާމެދު ހިތްހަމަނުޖެހިގެން ފާޠިމަތު އިފާޝާގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ އިސްތިއުނާފީ މައްސަލައެވެ.
ޓްރައިބިއުނަލުގެ ނިންމުން
9ވަޒީފާއާބެހޭ ޓްރައިބިއުނަލުން މި މައްސަލަ ބަލާފައިވަނީ އެ ޓްރައިބިއުނަލުގެ ނަންބަރު 181/VTR/2021 މައްސަލައިގެ ގޮތުގައި ރަޖިސްޓްރީ ކުރެވިގެންނެވެ. ޓްރައިބިއުނަލުގެ ނިންމުމުގައި ބަޔާންކޮށްފައިވަނީ، ފާޠިމަތު އިފާޝާ ވަޒީފާގައި ހުރިއިރު މުސާރައިގެ ގޮތުގައި ލިބެންޖެހި ނުލިބިވާ ޖުމްލަ -191,300ރ. (އެއްލައްކަ ނުވަދިހައެއްހާސް ތިންސަތޭކަ ރުފިޔާ) ނަގައިދެވޭނެ ހަމައެއް ނެތް ކަމަށާއި، ނަމަވެސް މޭ 2020 އިން ޖުލައި 2020 އަށް ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރިކަން އެނގެން އޮތަތީ، އެންމެ ފަހުން ފާޠިމަތު އިފާޝާއަށް މުސާރައިގެ ގޮތުގައި ދީފައިވާ -6,000ރ. (ހަހާސް ރުފިޔާ) ގެ ނިސްބަތުން މޭ 2020 އިން ޖުލައި 2020 އަށް ޖުމްލަ -18,000ރ. (އަށާރަ ހާސް ރުފިޔާ) ނަގައިދީ މައްސަލަ ނިންމާފައި ވެއެވެ.
10އިސްވެ ބަޔާންކުރެވުނު ގޮތަށް މައްސަލަ ނިންމެވުމުގައި ވަޒީފާއާބެހޭ ޓްރައިބިއުނަލުން މައިގަނޑު ގޮތެއްގައި ރިއާޔަތްކޮށްފައިވަނީ ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޤާނޫނު މި މައްސަލައަށް ތަޠްބީޤުކުރެވޭނެ ކަމަށާއި، އެ ޤާނޫނުގެ 9 ވަނަ މާއްދާއަށް ހަވާލާދީ ކޮވިޑް-19 އާ ގުޅިގެން ކޮރަލް އައިލެންޑް ރިސޯޓުން އެޅުމަށް ގަސްދުކުރާ ފިޔަވަޅުތައް ބަޔާންކޮށް 19 މާރިޗު 2020 ގައި ފާޠިމަތު އިފާޝާ ސޮއިކޮށްފައިވާ ސިޔާސަތަކީ ނުވަތަ ލިޔުމަކީ ކޮވިޑް-19 ގެ ހާލަތުގައި މުސާރައިން ކެނޑުމަށްވީ އެއްބަސްވުމެއް ކަމުގައި ބަލައި، މުސާރައިން އުނިކުރުމުގެ އިޚްތިޔާރު ކޮރަލް އައިލެންޑް ރިސޯޓަށް އޮތް ކަމަށް ދެކޭތީ ކަމުގައެވެ.
11ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމި ނިންމުމަކީ ޤާނޫނީ އުޞޫލުތަކާ ޚިލާފު ނިންމުމެއް ކަމަށް ޤަބޫލުކުރެވޭތީ، ފާޠިމަތު އިފާޝާގެ ފަރާތުން އެ މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމުން
12ފާޠިމަތު އިފާޝާގެ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނިންމުން އިސްތިއުނާފު ކުރުމުން އެ މައްސަލަ ބަލާފައިވަނީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2022/HC-A/122 ޤަޟިއްޔާ އިންނެވެ. ދިވެހިރާއްޖޭގެ ހައިކޯޓުން ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނިންމުން ބާޠިލުކަމަށް ކަނޑައަޅާފައިވަނީ، އިސްތިއުނާފު ކުރާ ފަރާތުގެ މުސާރައިން އުނިކޮށްފައިވަނީ މުސާރަ އާއި އުޖޫރައިން އެއްވެސް އެއްޗެއް އުނިކުރެވޭނެ ޙާލަތުންކުރެ ޙާލަތެއް މެދުވެރިވެފައި ނުވާއިރު ކަމުގައިވާތީ، ފާޠިމަތު އިފާޝާ ވަޒީފާގައި ހުރިއިރު މުސާރައިގެ ގޮތުގައި ނުލިބިވާ މިންވަރާމެދު މައްސަލައިގައި ހިމެނޭ ފަރާތްތަކަށް ވާހަކަ ދެއްކުމަށް ފުރުޞަތުދިނުމަށްފަހު، އެކަމާމެދު ގޮތެއް ކަނޑައެޅުމަށްޓަކައި އެ ނުކުތާ އާ ގުޅޭގޮތުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް މައްސަލަ ތަޙްވީލުކޮށް ޙުކުމް ކޮށްފައި ވެއެވެ. މިފަދައިން ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވަނީ އަންނަނިވި ސަބަބުތަކުގެ މައްޗަށް ރިއާޔަތްކޮށެވެ.
12.1 22 ސެޕްޓެންބަރު 2020 ގައި އަމަލުކުރަން ފަށާފައިވާ ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޤާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރިން 19 މާރިޗު 2020 ގައި ފާޠިމަތު އިފާޝާ ސޮއިކޮށްފައިވާ ސިޔާސަތު ނުވަތަ ލިޔުން އެ ޤާނޫނަށް ތަޠުބީޤުކުރުމަކީ ރަޖުޢީކޮށް ޤާނޫނު ތަޠުބީޤުކުރުމުގެ މަފްހޫމާ މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނާއި ދިވެހިރާއްޖޭގެ ކޯޓުތަކުން ނިންމާފައިވާ ނިންމުންތަކާ ޚިލާފު ނިންމުމެއްކަން.
12.2 ވަޒީފާއާބެހޭ ޤާނޫނުގެ 55 ވަނަ މާއްދާގެ (ށ) ގައި ވަރަށް ޞަރީޙަ އިބާރާތުން މުވައްޒަފުންނަށް ދޭ މުސާރަ އާއި އުޖޫރައިން އެއްވެސް އެއްޗެއް އުނިނުކުރެވޭނެ ޙާލަތްތައް ބަޔާންކޮށްފައިވާއިރު، މި މައްސަލައިގައި ކަންހިނގާފައިވާ ގޮތަށް ބަލާއިރު، އެފަދަ ހާލަތެއް މި މައްސަލައިގައި މެދުވެރިވެފައިވާކަން އެނގެން ނެތްކަމަށާއި އަދި މި މައްސަލައިގެ ހާދިސާއަކީ އާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޤާނޫނު ވުޖޫދަށް އައުމުގެ ކުރީގައި ހިނގާފައިވާ ކަމެއްކަން އެނގެން އޮންނާތީ، އެ ޤާނޫނު މި މައްސަލައަށް ތަޠުބީޤުކޮށް އިސްތިއުނާފު ކުރާ ފަރާތުގެ މުސާރާ އުނިކުރެވިދާނެ ކަމަށް ނުދެކޭތީ، ދިވެހިރާއްޖޭގެ ހައިކޯޓަށް އިސްތިއުނާފު ކުރެވިފައިވާ މައްސަލައިގައި އިސްތިއުނާފު ރައްދުވާ ފަރާތުން އަމަލުކޮށްފައިވަނީ ރީޒަނަބަލް އެމްޕްލޯޔަރ އެއް ކަންކުރާ އުޞޫލުންކަން ނުބެލެވޭކަން.
13ދިވެހިރާއްޖޭގެ ހައިކޯޓުގެ މި ނިންމުން ފާޠިމަތު އިފާޝާގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރިއެވެ.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ކުރެވުނު އިސްތިއުނާފު
14ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2022/HC-A/122 ޤަޟިއްޔާ ނިންމާފައިވަނީ ޤާނޫނީ އުޞޫލުތަކާ އެއްގޮތަށް ނޫންކަމަށް ބުނެ ފާޠިމަތު އިފާޝާގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި މައްސަލަ އިސްތިއުނާފު ކުރަމުން ބުނެފައިވަނީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2022/HC-A/122 ޤަޟިއްޔާއިން ބެއްލެވި މައްސަލައިގެ "ޝަރީޢަތް ނިމުނުގޮތް" 22 ވަނަ ނުކުތާ، 23 ވަނަ ނުކުތާ އަދި މައްސަލައިގެ ނިންމެވުމުގައި ވެސް ވަޒީފާއާބެހޭ ޤާނޫނުގެ 55 ވަނަ މާއްދާގެ (ށ) އަށް ރިއާޔަތްކުރައްވައި، އިސްތިއުނާފު ރައްދުވާ ފަރާތުން އިސްތިއުނާފު ކުރާ ފަރާތުގެ މުސާރަ އުނިކޮށްފައިވަނީ، މުސާރަ އާއި އުޖޫރައިން އެއްވެސް އެއްޗެއް އުނިކުރެވޭނެ ޙާލަތޯތަކު (މުނަ އަދި) ޙާލަތެއް މެދުވެރިވެފައި ނުވާއިރު ކަމުގައި ކަނޑައެޅުއްވުމަށްފަހު، މި މައްސަލައިގައި އިސްތިއުނާފު ކުރާ ފަރާތަށް މުސާރައިގެ ގޮތުގައި ނުލިބިވާ ފައިސާ އާ މެދު ދެފަރާތުން ވާހަކަ ދެއްކުމުގެ ފުރުޞަތު ދިނުމަށްފަހު ގޮތެއް ނިންމެވުމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ތަޙްވީލުކުރައްވާފައިވަނީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 46 ވަނަ މާއްދާގެ (ށ) އަދި އެ ޤާނޫނުގެ 32 ވަނަ މާއްދާގެ (ނ) އާ ޚިލާފަށް ކަމުގައެވެ. އިސްތިއުނާފުގެ ތަފްސީލުގައި ދައްކާފައިވާ ވާހަކަތަކުގެ ޚުލާސާ
15މި މައްސަލަ އިސްތިއުނާފު ކޮށްފައިވަނީ މި ޚުސޫމަތުގައި ހިމެނޭ މުވައްޒަފު ފާޠިމަތު އިފާޝާއެވެ. މި މައްސަލަ އޭނާ އިސްތިއުނާފު ކުރާ މައިގަނޑު ސަބަބަކީ އޭނާއަށް ޙައްޤުވާ ހަމަ މުސާރަ ކަނޑައެޅުމަށްޓަކައި ޓްރައިބިއުނަލަށް ދިވެހިރާއްޖޭގެ ހައިކޯޓުން މައްސަލަ ތަޙްވީލުކޮށްފައިވާތީވެ އެކަމުގެ މައްޗަށެވެ.
16ފާޠިމަތު އިފާޝާ ދެކޭ ގޮތުގައި މި މައްސަލަ ޓްރައިބިއުނަލަށް ތަޙްވީލުކޮށްގެން ކަށަވަރުކުރަންޖެހޭ އިތުރުކަމެއް ނެތެވެ. ފާޠިމަތު އިފާޝާއަށް ލިބެމުންދިޔަ މުސާރަޔާމެދު ސުވާލެއް ނެތެވެ. މުސާރަ ހޯދުމަށް އެދޭ މުއްދަތުގައި އޭނާ ކޮރަލް އައިލެންޑް ރިސޯޓުގެ މުވައްޒަފެއްގެ ގޮތުގައި ހުރިކަމާމެދު ސުވާލެއް ނެތެވެ. އެހެންކަމުން، 19 މާރިޗު 2020 ގައި ސޮއިކޮށްފައިވާ ސިޔާސަތު ނުވަތަ ލިޔުމަކީ ޢަމަލުކުރެވޭނެ ޞައްޙަ ލިޔުމެއް ނޫންކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ކަނޑައަޅާ ޙާލަތުގައި، ނަތީޖާއަކީ ލިބެންޖެހޭ ހަމަ މުސާރަ ފާޠިމަތު އިފާޝާއަށް ލިބުމެވެ. އެއީ، 2020 ވަނަ އަހަރުގެ މާރިޗު މަހުން ފެށިގެން އޮގަސްޓު މަހުގެ ނިޔަލަށް ލިބެންޖެހޭ ހަމަ މުސާރަ ކަމުގައިވާ -191,300ރ. (އެއްލައްކަ ނުވަދިހައެއްހާސް ތިންސަތޭކަ ރުފިޔާ) އެވެ.
17މި އިސްތިއުނާފު ރައްދުވަނީ ވަޒީފާ ދިން ފަރާތް ކޮރަލް އައިލެންޑް ރިސޯޓްގެ މައްޗަށެވެ. އިސްތިއުނާފު ރައްދުވާ ފަރާތުން އެދިފައިވަނީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ޙުކުމް ދަމަހައްޓައި ދިނުމަށެވެ. އަދި އިތުރަށް ދައްކާފައިވާ ވާހަކަތަކުގެ ޚުލާސާއަކީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމުމުން މުސާރައިގެ ކަނޑައެޅުމަށްޓަކައި މައްސަލައިގެ އެ ބައި ޓްރައިބިއުނަލަށް ތަޙްވީލުކޮށްފައިވާތީވެ، އެކަން ޓްރައިބިއުނަލުން ބެލުމަށް ފެންނަ ކަމާއި، މިގޮތުން ބެލޭ ހިނދަކު، ފާޠިމަތު އިފާޝާ ވަޒީފާއަށް ޙާޟިރުވި ދުވަސްތަކާއި ހާޟިރުނުވާ ދުވަސްތަކާއި ކޮށްފައިވާ މަސައްކަތެއް ކަށަވަރު ކުރެވި ފާޠިމަތު އިފާޝާއަށް ޙައްޤުވާ މުސާރަ ޓްރައިބިއުނަލުން ކަނޑައެޅުމަކީ ދެފަރާތުގެ މަސްލަޙަތު މިކަމުގައި އޮތްގޮތް ކަމަށް ދެކޭ ކަމަށެވެ.
18މި މައްސަލައިގައި ހުށަހެޅިފައިވާ ކަންކަމަށް ބަލައި، މި މައްސަލައިގައި އަސްލު ބިނާވެފައި އޮންނަނީ މުސާރައިގެ މިންވަރު ކަނޑައެޅުމުގެ މައްޗަށެވެ. އެކަން ކުރުމަށް ޓްރައިބިއުނަލަށް ތަޙްވީލުކުރި ކުރުން އޭގެ ޒާތުގައި ރަނގަޅު ނޫންކަމަށް އިސްތިއުނާފު ކުރާ ފަރާތުން ދެކޭހިނދު، އެކަމަށް އިސްތިއުނާފު ރައްދުވާ ފަރާތުން އިންކާރުކުރެއެވެ.
ތަޙްވީލުކުރުން
19HN1ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު7 އަށް ބަލާއިރު، ޤާނޫނަކުން އިސްތިސްނާ ނުކުރާނަމަ، ދިވެހިރާއްޖޭގެ ހައިކޯޓަކީ ދަށު ކޯޓުތަކުން ނިންމާ އެންމެހާ ނިންމުންތައް އިސްތިއުނާފު ކުރެވޭ ކޯޓެވެ. މިގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުން މައްސަލަތައް ބެލުމުގައި، ދަށު ކޯޓުގައި އެ މައްސަލައެއްގެ ތެރެއިން ހުށަހެޅި ހެކިތަކާއި ދިފާޢުތަކަކީ އިސްތިއުނާފު މައްސަލައިގެ އަސާސްކަމުގައި ބަލަންޖެހެއެވެ. އަދި މައްސަލަ ބަލާ ހައިކޯޓުގެ ފަނޑިޔާރުންނަށް، ދަށު ކޯޓުގައި މައްސަލަ ބެލިއިރު، ނުބެލި ހުރި ކަންތައްތަކެއް ހުރިކަމަށް ފާހަގަކުރެވި، އެ މައްސަލަ އަލުން ބެލުމުގެ މަޞްލަޙަތު ބޮޑުކަމުގައި ފެންނަނަމަ، އެ މައްސަލަ ބަލަންޖެހޭ ޤާނޫނީ އުޞޫލުތައް ކަނޑައަޅައި، އެ މައްސަލައެއް ބެލުމަށްޓަކައި އަލުން ދަށު ކޯޓަށް ފޮނުވުމުގެ އިޚްތިޔާރު ލިބިގެން ވެއެވެ.
7. ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު).
8. ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 31 ވަނަ މާއްދާއާއި 36 ވަނަ މާއްދާގެ (ނ).
9. ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 32 ވަނަ މާއްދާގެ (ހ).
10. ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 32 ވަނަ މާއްދާގެ (ނ) އަދި 46 ވަނަ މާއްދާގެ (ހ) އަދި (ހ).
20HN2ދިވެހިރާއްޖޭގެ ހައިކޯޓަށް އިސްތިއުނާފު ކުރެވޭ މައްސަލައެއްގައި، އެ މައްސަލަ އަލުން ބެލުމަށް ދަށު ކޯޓަށް ނުވަތަ ޓްރައިބިއުނަލަށް ފޮނުވަންޖެހޭނީ އެ މައްސަލަ އަލުން ބެލުމުގެ މަޞްލަޙަތު ބޮޑުކަމަށް ފެނިއްޖެ ޙާލަތުގައި ކަން ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 32 ވަނަ މާއްދާގެ (ނ) އާއި އެ ޤާނޫނުގެ 46 ވަނަ މާއްދާގެ (ށ) އަށް ބެލުމުން އެނގެއެވެ. މައްސަލައެއް އަލުން ބެލުމަށް ޤާނޫނީ އުޞޫލުތައް ކަނޑައަޅައި، ފޮނުވުމުގެ މަޞްލަޙަތު ބޮޑުތޯ ނުވަތަ ނޫންތޯ ބެލެނީ އެ މައްސަލައެއްގެ ކަންހިނގާފައިވާ ގޮތުގެ މައްޗަށް ބަލައި، ކޮންމެ މައްސަލައެއް ވަކިވަކިންނެވެ.
މި މައްސަލަ ތަޙްވީލުކުރުމުގެ މަޞްލަޙަތެއް އޮތްތޯ
21މަތީގައި ބަޔާންކުރެވިފައިވާ ތަޙްވީލުކުރުމުގެ އުޞޫލުތައް މި މައްސަލައަށް ތަޠުބީޤުކުރާއިރު، މި މައްސަލަ ޓްރައިބިއުނަލަށް ތަޙްވީލުކުރުމުގެ މަޞްލަޙަތު ބޮޑުތޯއެވެ. މި މައްސަލަ އަލުން ޓްރައިބިއުނަލަށް ތަޙްވީލުކުރުމުގެ މައިގަނޑު މަޤްޞަދަކީ މުސާރައިގެ މިންވަރާ ގުޅޭގޮތުން މައްސަލައިގައި ހިމެނޭ ދެފަރާތަށް ވާހަކަ ދެއްކުމުގެ ފުރުޞަތު ދިނުމާއެކު، އެ ނުކުތާގެ މައްޗަށް ގޮތެއް ކަނޑައެޅުންކަން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމުމުން އެނގެއެވެ.
22HN3ކޮރަލް އައިލެންޑް ރިސޯޓުން ދެކޭ ގޮތުގައި މި މައްސަލަ ތަޙްވީލުކުރަންޖެހުނު ސަބަބަކީ މުވައްޒަފު ޙާޟިރުވި ދުވަސްތަކާއި ހާޟިރުނުވާ ދުވަސްތަކާއި ކޮށްފައިވާ މަސައްކަތެއް ކަށަވަރު ކުރަންޖެހޭނެތީވެ، މުސާރަ ކަނޑައެޅުމުގައި، ދެފަރާތުގެ މަޞްލަޙަތުވެސް އޮތީ ތަޙްވީލުކުރުން ކަމުގައި ވާތީއެވެ. ނަމަވެސް، ދިވެހިރާއްޖޭގެ ހައިކޯޓުގައި ކޮރަލް އައިލެންޑް ރިސޯޓުން ވަކާލަތު ކޮށްފައިވަނީ ޓްރައިބިއުނަލުގެ ޙުކުމް ދެމެހެއްޓުމަށެވެ. ޓްރައިބިއުނަލުން ފާޠިމަތު އިފާޝާއަށް ނަގައިދީފައިވާ މުސާރައިން ޙާޟިރުވި ދުވަސްތަކާއި ހާޟިރުނުވާ ދުވަސްތަކާއި ކޮށްފައިވާ މަސައްކަތެއް ކަށަވަރުކޮށް މުސާރައިން ބައެއް އުނިކުރުމަށް ޖެހޭކަމަށް ދެކި، ކޮރަލް އައިލެންޑް ރިސޯޓުން ދިވެހިރާއްޖޭގެ ހައިކޯޓުގައި ވަކާލާތުކޮށްފައިވާކަން އެނގެން ނެތެވެ. މި ސަބަބު މިހެން އޮތުމާއެކު، ދިވެހިރާއްޖޭގެ ހައިކޯޓުގައި ޠަޢުނު ނުކުރާކަމެއް މި އިސްތިއުނާފުގައި ދިވެހިރާއްޖޭގެ ސުޕްރީމޭޓުން ބަލައިގަންނަންޖެހޭ ހުއްދަކުރާ ސަބަބެއް ކަނޑައެޅިފައިވާ ހަމަތަކުގެ މަތިން ކޮރަލް އައިލެންޑް ރިސޯޓަށް ތިލަކޮށް ދެވިފައި ނުވެއެވެ.
23މުސާރައިގެ ގޮތުގައި ފާޠިމަތު އިފާޝާ ހޯދުމަށް އެދިފައިވާ ފައިސާގެ ޢަދަދާ ގުޅޭގޮތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ކޮރަލް އައިލެންޑް ރިސޯޓާ ސުވާލުކުރުމުން ދީފައިވާ ޖަވާބުގައި ބުނެފައިވަނީ ފާޠިމަތު އިފާޝާ މުސާރަ ހޯދުމަށް އެދޭ މުއްދަތުގައި ގަވާއިދުން ވަޒީފާއަށް ހާޝިރުވެފައިވާނަމަ، ނުވަތަ އެ މުއްދަތުގައި މަސައްކަތްކޮށްފައިވާ ކަން ސާބިތުވާނަމަ، އޭނާ ހޯދުމަށް އެދިފައިވާ މުސާރައިގެ ޢަދަދާމެދު ސުވާލެއް ނެތް ކަމަށެވެ.
24HN4ކަންމިހެން އޮތުމުން، ފާޠިމަތު އިފާޝާ ވަޒީފާއިން ވަކިވެފައިވަނީ އަމިއްލައަށް އެދިގެން 13 ސެޕްޓެންބަރު 2020 ގައި ކަން އެއީ ދެބަސް ނުވާ ޙަޤީޤަތެކެވެ. މުސާރަ ހޯދުމަށް އެދިފައި ވަނީ 2020 ގެ މާރިޗު މަހުން ފެށިގެން އެ އަހަރުގެ އޮގަސްޓު މަހުގެ ނިޔަލަށެވެ. މި މުއްދަތުގައި ފާޠިމަތު އިފާޝާ ވަޒީފާގައި ދެމިހުރިކަމީ ދެބަސްނުވާ ޙަޤީޤަތެކެވެ.
25އެހެންކަމުން، އިސްތިއުނާފު ކުރާ ފަރާތުން އެދިފައިވާ މުސާރައިގެ ޢަދަދަކީ ހުށަހެޅިފައިވާ ކަންކަމުން ކަށަވަރުވާ ކަންކަމެވެ. އަލުން ޓްރައިބިއުނަލަށް ފޮނުވައިގެން ކަށަވަރުކުރަންޖެހޭ ބޮޑު މަޞްޙަލަތެއް މި މައްސަލައިގައި ނެތެވެ. އެއާ ޚިލާފަށް، މިއީ ވަޒީފާ އާ ގުޅޭ މައްސަލައެއް ކަމަށްވެފައި، މި މައްސަލަ އަލުން ފޮނުވުމުގެ ނަތީޖާއަކީ، މައްސަލަ ދިގުމެދިގެން ގޮސް އިންސާފު ހޯދުމަށް ކުރާ ދަތުރުގެ ރާސްތާ ދިގުވުމެވެ.
26ވުމާއެކު، ފާޠިމަތު އިފާޝާގެ ފަރާތުން އެދިފައިވާ -/191,300 ރ. (އެއްލައްކަ ނުވަދިހައެއްހާސް ތިންސަތޭކަ ރުފިޔާ) އަކީ މުސާރައިގެ ގޮތުގައި އޭނާއަށް ޙައްޤުވާ ފައިސާކަން އެނގެއެވެ.
27އިސްވެ ބުނެވުނު ކަންކަމުގެ އަލީގައި، އަހުރެންގެ ނަޒަރުގައި، މި މައްސަލައަކީ، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 46 ވަނަ މާއްދާގެ (ށ) އަށް ރިޢާޔަތްކޮށް، ކަންހިނގާފައިވާ ގޮތް އަލުން ބަލަންޖެހޭ ގޮތަށް އޮތް މައްސަލައެއް ނޫނެވެ. އެހެނީ، މި މައްސަލައިގައި އަލުން ކަށަވަރުކުރަންޖެހޭ ޙަޤީޤަތެއް ނުވަތަ ކަމެއް އޮތްކަމަކަށް ނުދެކެމެވެ. ތަޙްވީލުކުރަން ބެލުމަށް ކަނޑައަޅާފައިވާ މުސާރައިގެ މިންވަރު ޓްރައިބިއުނަލުގެ ރިޕޯޓުންނާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގައި ތަފްސީލުކޮށްފައިވާ ކަންކަމުންނާއި ހުށަހެޅިފައިވާ ލިޔެކިޔުމުން ސާބިތުވެއެވެ.
މައްސަލަ ނިންމުން އަދި ނަތީޖާ
28HN5ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2022/HC-A/122 ޤަޟިއްޔާގައި ފާޠިމަތު އިފާޝާ ވަޒީފާގައި އުޅުނުއިރު މުސާރައިގެ ގޮތުގައި ނުލިބިވާ މިންވަރާމެދު މައްސަލައިގައި ހިމެނޭ ފަރާތްތަކުން ވާހަކަ ދެއްކުމަށް ފުރުޞަތުދީ، ގޮތެއް ކަނޑައެޅުމަށް ޓްރައިބިއުނަލަށް ތަޙްވީލުކުރަން ނިންމާފައިވަނީ ހުށަހެޅިފައިވާ ކަންކަމުން ކަށަވަރުކުރެވެން ހުރި ކަންތައްތަކެއް ކަމުގައިވާތީ އާއި މި މައްސަލަ ޤާނޫނު ގައިވާ ގޮތުގެ މަތިން ތަޙްވީލުކޮށް އަލުން މައްސަލަ ބެލުމުގެ ބޮޑު މަޞްލަޙަތެއް އޮތްކަމަށް ދަލާލަތުކޮށްދޭ ސަބަބުތަކެއް ފެންނަން ނެތަތީވެ، ދިވެހިރާއްޖޭގެ ހައިކޯޓުގެ އެ ޤަޟިއްޔާގެ ނިންމުމުގައިވާ އެ ބައި ބާޠިލުކޮށް، ދެން އެ ޤަޟިއްޔާގައިވާ އެހެނިހެން ބައިތަކަށް ތާއީދުކޮށް މި މައްސަލަ ނިންމަން ފެނެއެވެ.
29ނަތީޖާއެއްގެ ގޮތުން، 2020 ވަނަ އަހަރުގެ މާރިޗު މަހުން އެ އަހަރު އޮގަސްޓު މަހުގެ ނިޔަލަށް މިހާތަނަށް ފާޠިމަތު އިފާޝާއަށް މުސާރައިގެ ގޮތުގައި ނުލިބިވާ -/191,300 ރ. (އެއްލައްކަ ނުވަދިހަ އެއްހާސް ތިންސަތޭކަ ރުފިޔާ) އަކީ، ކޮރަލް އައިލެންޑް ރިސޯޓްސް އިން ފާޠިމަތު އިފާޝާއަށް ދައްކަންޖެހޭ ފައިސާއެއް ކަމަށް ކަނޑައަޅައި މި މައްސަލަ ނިންމަން އަހުރެންނަށް ފެނެއެވެ.
ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔު
30މި މައްސަލައިގައި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ފަނޑިޔާރު ޢަބްދުﷲ ޙަމީދުގެ ރައުޔު
31މި މައްސަލައިގައި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ޙުކުމް
ދެންފަހެ، އިސްވެ ބަޔާންވެ ދިޔަ ކަންކަން އެ ގޮތުގެމަތިން ހުރުމުން،
(ހ) ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2022/HC-A/122 ޤަޟިއްޔާގައި ފާޠިމަތު އިފާޝާ ([…] ) ވަޒީފާގައި އުޅުނުއިރު މުސާރައިގެ ގޮތުގައި ނުލިބިވާ މިންވަރާމެދު މައްސަލައިގައި ހިމެނޭ ފަރާތްތަކުން ވާހަކަ ދެއްކުމަށް ފުރުޞަތުދީ، ގޮތެއް ކަނޑައެޅުމަށް ޓްރައިބިއުނަލަށް ތަޙްވީލުކުރަން ނިންމާފައިވަނީ ހުށަހެޅިފައިވާ ކަންކަމުން ކަށަވަރުކުރެވެން ހުރި ކަންތައްތަކެއް ކަމުގައިވާތީ އާއި މި މައްސަލަ ޤާނޫނު ގައިވާ ގޮތުގެ މަތިން ތަޙްވީލުކޮށް އަލުން މައްސަލަ ބެލުމުގެ ބޮޑު މަޞްލަޙަތެއް އޮތްކަމަށް ދަލާލަތުކޮށްދޭ ސަބަބުތަކެއް ފެންނަން ނެތަތީވެ، ދިވެހިރާއްޖޭގެ ހައިކޯޓުގެ އެ ޤަޟިއްޔާގެ ނިންމުމުގައިވާ އެ ބައި ބާޠިލުކޮށް، ދެން އެ ޤަޟިއްޔާގައިވާ އެހެނިހެން ބައިތަކަށް ތާއީދުކޮށް،
(ށ) 2020 ވަނަ އަހަރުގެ މާރިޗު މަހުން އެ އަހަރު އޮގަސްޓު މަހުގެ ނިޔަލަށް ފާޠިމަތު އިފާޝާއަށް މުސާރައިގެ ގޮތުގައި ނުލިބިވާ -/191,300ރ. (އެއްލައްކަ ނުވަދިހައެއްހާސް ތިންސަތޭކަ ރުފިޔާ) ކޮރަލް އައިލެންޑް ރިސޯޓްސް ޕވޓ ލޓޑ 17 އިން ފާޠިމަތު އިފާޝާއަށް ދައްކަންޖެހޭ ކަމަށް ކަނޑައަޅައި، މިއަދު 30 އޮކްޓޫބަރު 2025 ން ފެށިގެން 14 (ސާދަ) ދުވަހުގެ ތެރޭގައި މި ފައިސާ ކޮރަލް އައިލެންޑް ރިސޯޓްސް ޕިވިޓ ލިޓީ 1 އިން ފާޠިމަތު އިފާޝާއަށް ދެއްކުމަށް މި މައްސަލަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން ކަނޑައަޅައި ޙުކުމްކޮށްފީމެވެ. މި ޤަޟިއްޔާ ބަލައި ޙުކުމްކުރީ:
ފުޓްނޯޓު
- ރަޖިސްޓްރޭޝަން ނަންބަރު C-1236/2016
- ވަޒީފާއިން ވަކިވުމަށް އެދި ފޮނުވާފައިވާ ނޯޓިސް (13 ސެޕްޓެންބަރު 2020)
- ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 181/VTR/2021 މައްސަލައިގައި ފާޠިމަތު އިފާޝާގެ ފަރާތުން ހުށަހަޅާ ބަޔާން 2
- ކިހާ މޯލްޑިސް ބައި ކޮރަލް އައިލެންޑް ރިސޯޓުން ހުރިހާ މުވައްޒަފުންނަށް 19 މާރިޗް 2020 ގައި ފޮނުވާފައިވާ ސިޔާސަތު
- ޤާނޫނު ނަންބަރު 20/2020 (ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޤާނޫނު)
- ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގ ކޯޓުތަކުގެ ޤާނޫނު) ގެ 32 ވަނަ މާއްދާގެ (ނ) އަދި 46 ވަނަ މާއްދާގެ (ހ) އަދި (ށ).
- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން މައްސަލަ ބަލަނީ ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުނު ކަންކަން އަސާސެއްކަމަށް ބަލައިގެން ކަމާއި މިކަން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ގިނަ މައްސަލަތަކެއްގެ ނިންމުން އެނގެއެވެ. މީގެ ތެރޭގައި ފާޠިމަތު މަނިކެ ވ. މަރްޔަމް ފަރުހާދާ ވަޙީދު (ސުޕްރީމް ކޯޓުގެ ނަންބަރު 2014/SC-A/32 ޤަޟިއްޔާ)، ޙުސައިން ޢަލީ ވ. މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް SC 01 [2021]، އަހްމެޓް އައިޑެނިޒް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ވ. ޑޮލްފިން ބޭސް ޕްރައިވެޓް ލިމިޓެޑް SC 05 [2021]، އިބްރާހީމް ޢަބްދުއްލަޠީފް ވ. އޯނަސް ޕްރައިވެޓް ލިމިޓެޑް SC 18 [2021]، މުޙައްމަދު ރަޝާދު ވ. އެކްސްޕަވަރ މޮޓޯސް ޕްރައިވެޓް ލިމިޓެޑް SC 59 [2021]، ކަޕޫރުﷲ ޔޫސުފް ވ. މޯލްޑިވްސް ކަސްޓަމްސް ސަރވިސް SC 75 [2021]، ސަން ޓްރެވަލްސް އެންޑް ޓުއަރޒް ޕްރައިވެޓް ލިމިޓެޑް ވ. ހިލްޓަން އިންޓަރނޭޝަނަލް މެނޭޖް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑް SC 77 [2021]، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ ވ. މައިނަރ އިންޓަރނޭޝަނަލް (ލަބުއާން) ލިމިޓެޑް SC 42 [2022] އެވެ.
- 22 އޮކްޓޫބަރު 2025 ވަނަ ދުވަހު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ކޮރަލް އައިލެންޑް ރިސޯޓްސް ޕިވިޓި ދައްކާފައިވާ ވާހަކަ.
- އިސްވެދިޔަ ނޯޓު 10
- ދިވެހިރާއްޖެއްކަން އަންގައިދޭ
- އިސްވެދިޔަ ނޯޓު 10
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 31 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 32 ވަނަ މާއްދާގެ (ހ) އަދި (ނ)
- ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 36 ވަނަ މާއްދާގެ (ނ)
- ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 46 ވަނަ މާއްދާގެ (ހ) އަދި (ށ)
- 2014/SC-A/32 (ފާޠިމަތު މަނިކެ ވ. މަރްޔަމް ފަރުހާދާ ވަޙީދު)
- [2021] SC 01 (ޙުސައިން ޢަލީ ވ. މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް)
- [2021] SC 05 (އަހްމެޓް އައިޑެނިޒް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ވ. ޑޮލްފިން ބޭސް ޕްރައިވެޓް ލިމިޓެޑް)
- [2021] SC 18 (އިބްރާހީމް ޢަބްދުއްލަޠީފް ވ. އޯނަސް ޕްރައިވެޓް ލިމިޓެޑް)
- [2021] SC 59 (މުޙައްމަދު ރަޝާދު ވ. އެކްސްޕަވަރ މޮޓޯސް ޕްރައިވެޓް ލިމިޓެޑް)
- [2021] SC 75 (ކަޕޫރުﷲ ޔޫސުފް ވ. މޯލްޑިވްސް ކަސްޓަމްސް ސަރވިސް)
- [2021] SC 77 (ސަން ޓްރެވަލްސް އެންޑް ޓުއަރޒް ޕްރައިވެޓް ލިމިޓެޑް ވ. ހިލްޓަން އިންޓަރނޭޝަނަލް މެނޭޖް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑް)
- [2022] SC 42 (މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ ވ. މައިނަރ އިންޓަރނޭޝަނަލް (ލަބުއާން) ލިމިޓެޑް)
ޝަރީޢަތުގެ ވީޑިއޯ
ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.