ފާޠިމަތު ހިންދު ޢަބްދުލްމުހްސިން ވ. ގދ. ތިނަދޫ ކައުންސިލް
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓު 247/Q10C/2019
- ފަހުގެ ތާރީޚު
- ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް
ކޯ ޓާމްސް
ޚުލާޞާ
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ގޯއްޗަށް އެދި ހުށަހެޅި ފޯމު ކައުންސިލުން ގެއްލި، އެ ފޯމުގެ އެންޓްރީ ނަންބަރުގައި އެހެން މީހަކަށް ގޯތި ދޫކުރެވުނުކަމަށް ބުނާ މައްސަލައެއްގައި، ދަށުކޯޓުން މައްސަލައިގެ ވާޤިޢާ ކަށަވަރުކޮށް، ހުށަހެޅުނު ހެކިތަކަށް ރިޢާޔަތްކޮށް ދަޢުވާ ސާބިތުނުވާކަމަށް ނިންމި ނިންމުން ޞައްޙަތޯ.
ނިންމުން
ދަށުކޯޓުގެ ނިންމުން ބާޠިލުއަލުން ބެލުމަށް ފޮނުވި
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 ކޮންމެ މައްސަލައަކާމެދު ގޮތް ކަނޑައެޅުމުގެ ކުރިން މައްސަލައިގެ ޙަޤީޤަތްތައް (material facts) ދެނެގަތުމަކީ ފުރަތަމަ މަރުޙަލާގެ ފަނޑިޔާރުގެ މަސްއޫލިއްޔަތެކެވެ؛ ރިޢާޔަތްކުރަންޖެހޭ ޤާނޫނީ ނުކުތާތައް (legal issues) ސާފުވާނީ ޙަޤީޤަތްތައް ދެނެގަނެވިގެންނެވެ. އިސްތިއުނާފީ މަރުޙަލާގައި މައުޟޫޢަށް ވަނުމުގެ ކުރިން ދަށުކޯޓުން ވާޤިޢާ ޞައްޙަކޮށް ކަށަވަރުކޮށްފައިވޭތޯ ބަލަންވާނެއެވެ.
HN2 މައްސަލައެއް ދަށުކޯޓަށް ތަޙްވީލްކުރުމުން، ތަޙްވީލްކުރި ސަބަބުތަކުގެ ތަރަހައިގެ ތެރެއިން ކުރިން ހުށަނޭޅޭ އައު ހެކި ހުށަހެޅުމަށް ކޯޓަށް އެންގިދާނެއެވެ.
HN3 ދަޢުވާކުރާ ފަރާތުން ހުށަހެޅި ލިޔުމުން (އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ޖަވާބު) ތަޙްޤީޤެއް ކުރެވިފައިވާކަން އެނގޭނަމަ، އެ ތަޙްޤީޤު ރިޕޯޓާއި ފުލުހުންނަށް ހޯދިފައިވާ ކަންކަން ހޯދައި ދަށުކޯޓުން އެކަންކަމަށް ރިޢާޔަތްކުރަންވާނެއެވެ؛ އަދި ގޯތި ދޫކުރުމުގެ އިޖުރާއަތު ޤާނޫނާއި ޤަވާޢިދާ އެއްގޮތަށް ހިނގާފައިވޭތޯއާއި ޙައްޤުނޫން މަންފާއެއް ލިބޭ ގޮތަށް ނުފޫޒު ފޯރުވާފައިވޭތޯ މަދަނީ މިންގަނޑުން ބަލައި ގޮތް ކަނޑައަޅަންވާނެއެވެ.
HN4 ދަޢުވާގައި ހޯދުމަށް އެދޭ ގޯތި މިހާރު ތިންވަނަ ފަރާތެއްގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާނަމަ، އެ ފަރާތުގެ މަޞްލަޙަތު އޮތް މައްސަލައެއް ކަމަށްވާތީ، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 81 ވަނަ މާއްދާގެ (ހ) އަށް ރިޢާޔަތްކޮށް އެ ފަރާތަށް ތަދައްޚުލުވުމުގެ ފުރުޞަތުދީ ޚަޞްމެއްގެ ގޮތުގައި ހިމަނަންވާނެއެވެ.
HN5 އިސްތިއުނާފީ މަރުޙަލާގައި ގޮތް ކަނޑައެޅޭ މިންވަރަށް ދަށުކޯޓުން ވާޤިޢާ ކަށަވަރުކޮށްފައި ނުވާނަމަ، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 46 ވަނަ މާއްދާގެ (ށ) ގެ ދަށުން މައްސަލަ އަލުން ބެލުމަށް ދަށުކޯޓަށް ތަޙްވީލްކުރެވޭނެއެވެ.
HN6 (ފަނޑިޔާރު ޙަސަން ޝަފީޢުގެ ރައުޔު) ޤާނޫނުއަސާސީގެ 232 ވަނަ މާއްދާގެ ދަށުން ކައުންސިލްތަކަށް ޖަވާބުދާރީވަނިވި އުޞޫލުތަކުގެ މަތިން ކަންކަން ހިންގުން ލާޒިމުވާތީ، ކައުންސިލުގެ ޢަމަލުތަކާ ގުޅިގެން ޤާނޫނީ ޙުއްޖަތު ދެއްކުމަކީ ކައުންސިލުގެ ޒިންމާއެކެވެ. ދަޢުވާ ސާބިތުކުރުމުގެ ބުރަ އޮންނަނީ ދަޢުވާކުރާ ފަރާތުގެ މައްޗަށް ނަމަވެސް، ހުށަހެޅުނު ފޯމު ކައުންސިލުގެ ކޮންޓްރޯލްގައި ހުއްޓައި ގެއްލިފައިވާކަމާއި އެންޓްރީ ފޮތުގައި ނަން ބަދަލުކުރެވިފައިވާކަން ސާބިތުވުމުން، ޢަމަލުކުރި ގޮތް ޖަސްޓިފައިކޮށް ދިނުމުގެ ބުރަ ކައުންސިލަށް ފުރޮޅެއެވެ؛ ފޯމަށް ވީގޮތެއް ނޭނގޭކަމަށް ބުނުމުން ކައުންސިލު ޒިންމާއިން ބަރީއަ ނުވެއެވެ.
HN7 (ފަނޑިޔާރު ޙަސަން ޝަފީޢުގެ ރައުޔު) ޤަވާޢިދަކާ ޚިލާފުކަމަށް ބުނާ އިސްތިއުނާފީ ނުކުތާއެއްގައި ޤަވާޢިދުގެ ވަކި މާއްދާއަކަށް ޙަވާލާދީ ޚިލާފުވާގޮތް ބަޔާންނުކޮށްފިނަމަ އެ ނުކުތާ ބަލައިނުގަނެވޭނެއެވެ؛ އަދި މަދަނީ އިޖުރާއަތުގެ ޤާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރިން ހުށަހެޅިފައިވާ މައްސަލައެއްގައި އެ ޤާނޫނުގެ 321 ވަނަ މާއްދާއާ ޚިލާފުކަމަށް ބުނާ ނުކުތާ ބަލައިގަންނަން ނުޖެހެއެވެ.
ވަކީލުންނާއި ފަނޑިޔާރުން
- އިސްތިއުނާފުކުރި ފަރާތުގެ ވަކީލުން
- މުޙައްމަދު ސަޢީދު، ސަޢީދު އެންޑް އެސޯސިއޭޓްސް އެލް.އެލް.ޕީ
- ޖަވާބުދާރީވި ފަރާތުގެ ވަކީލުން
- އާމިނަތު ޢަރުމީޝާ
- ބެންޗު
- ޙުސައިން މަޒީދު، ޙަސަން ޝަފީޢު، ދީބާނާޒް ފަހުމީ
- ރިޔާސަތު
- —
- ރައުޔު ލިޔުނު ފަނޑިޔާރު
- ޙުސައިން މަޒީދު · ތާއީދުކުރެއްވީ: ދީބާނާޒް ފަހުމީ
- ޚިލާފު ރައުޔު
- ނެތް
- ވަކި ރައުޔު
- ޙަސަން ޝަފީޢު
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.
1މިއީ، ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 247/Q10C/2019 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ގދ.ތިނަދޫ، ގަހާކޯޅި ފާޠިމަތު ހިނދު ޢަބްދުލްމުޙްސިން )ދރއ.( ގެ ފަރާތުންދިވެހިރާއްޖޭގެ ހައިކޯޓަށްހުށަހެޅުމުން ބެލި ޤަޟިއްޔާއެވެ. މިޤަޟިއްޔާގައ އިސްތިއުނާފު ރައްދުވާ ފަރާތަކީ ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލް އެވެ.
ކަން ހިނގައިދިޔަގޮތް
2ގދ. ތިނަދޫ އިން 2011 ވަނަ އަހަރު ގޯތި ދޫކިރުމަށ އިޢުލާން ކުރުމާ ގުޅިގެން، ގދ. ތިނަދޫ، ގަހާކޯޅި، ފާޠިމަތު ހިނދު ޢަބްދުލްމުޙްސިން ގޯއްޗަކަށް އެދި ފޯމު ހުށަހެޅުމުން، އެ ފޯމު ގުރުއަތުގައ ހިމެނި މާރކްސް ދެވިފައި ވަނިކޮށެ،އެއިރު ގދ. ތިނަދޫ ކައުންސިލަރެއްގެ މަޤާމުގައި ހުރި ޢަލީޝާމް އިފޯމުގައ ޓިޕެކްސް ޖަހައި،އެފޯމު ޢަލީ ޝާމްގ ބޭބެ ގދ. ފަރެސްމާތޮޑާ، އެޕްރީލް، ޙުސައިން ޝާކިރުގެ ނަމަށް ބަދަލުކޮށްފައިވާކަމަށާއ، މިކަން މޯލްޑިވްސް ޕޮލިސްސަރވިސްގެ ތަޙްޤީޤުންނާއ އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ތަޙްޤީޤުން އެނގިފައިވާކަމަށް ބުނެ، ފްޠިމަތ ހިނދު ޢަބްދުލްމުޙްސިނުއަށ ލިބުން ގޯތި ހޯދުމަށްއެދި، ހުވަދުއަތޮޅު ދެކުނުބުރީ ކައުންސިލްގެ މައްޗަށް ފާޠިމަތު ހިނދު ޢަބްދުލްމުޙްސިންހުވަދުއަތޮޅ ދެކުނުބުރީ ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރ 247/Q10C/2019 ޤަޟިއްޔާގައި ދަޢުވާކުރިއެވެ.
3ބުނެވުނު މައްސަލައިގައި ޙުކުމަ ބިނާކޮށްފައިވަނީ އަންނަނިވި ސަބަބުގެ މައްޗަށް ބިނާކޮށެވެ.
3.1. ފ ޠމަތު ހިނދު ޢަބްދުލްމުޙްސިން ހޯދުމަށް އެދޭ ގޯއްޗަކީ ގދ. ފަރެސްމާތޮޑާ، އެޕްރީލް، ޙުސައިން ޝާކިރުގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ ގޯއްޗެއް ކަމާއި، އެގޯއްޗަކުފ ޠމަތު ހިންދ ޢަބްދުލްމުޙްސިންހުށަހެޅި ފޯމަށް ބަދަލުގެނެސް އޭގައި ހުރި މަޢުލޫމާތު އޮޅުވާލުމަށްފަހު، ދީފައިވާ ގޯއްޗެއްކަން ފާޠިމަތު ހިނދު ޢަބްދުލްމުޙްސިންގެ ފަރާތުން ދަޢުވާ ސާބިތުކުރުމަށް ހުށަހަޅާފައިވާ އެއްވެސް ލިޔުމަކުން އެނގެން ނެތްކަން، މިއެވެ.
4އަދި އެ މައްސަލައިގައި ޙުކުމާކޮށްފައްވަނީ ފާޠިމަތު ހިނދު ޢަބްދުލްމުޙްސިން ހޯދުމަށް އެދިފައިވާ ގޯތި ފާޠިމަތު ހިނދު ޢަބްދުލްމުޙްސިން އަށް ދިނުމަށް އަންގާނެ ތަނެއް ނެތް ކަމަށް ކަނޑައަޅއ އަންނަނިވި ފަދައިންނެވެ. "ދެންފަހެ،އިސްވެދެންނެވި ކަންކަން އެގޮތަށްހުރުމުން، ހުވަދުއަތޮޅު ދެކުނުބުރީ ތިނާދޫ ކައުންސިލް އިދެ ރުގެ މައްޗަށް ގދ. ތިނަދޫ / ގަހާކޯޅި، ފާޠިމަތު ހިނދު ޢަބްދުލްމުޙްސިން )ދރ. ކާޑް ނަންބަރ ( ހުށަހަޅާފައިވާ މިމައްސަލާގައި، ދަޢުވާކުރާ ފާޠިމަތު ހިންދާ ޢަބްދުލްމުޙްސިން ހޯދުމަށް އެދިފައިވާ ގޯތި، އޭނާއަށް ދިނުމަށް އަންގާނެ ތަނެއް ނެތްކަމަށް ކަނޑައަޅައި މިގޮތުގެ މަތިން ޙުކުމްކޮށް މި ޤަޟިއްޔ ނިންމީއެވެ."
5ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 247/Q10C/2019 ޤަޟިއްޔގާ ނިންމުމާދެ ހިތްހމަނުޖެހިގެން، އެ މައްސަލުއިސްތިއުނާފުކުރުމަށް ފާޠިމަތު ހިނދު ޢަބްދުލްމުޙްސިންގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރ 2022/HC-A/347 ޤަޟިއްޔާގައި ހުށަހަޅާފައިވެއެވެ. މިއީ އެގޮތުން ބެލި އިސްތިއުނާފީ ޤަޟިއްޔާއެވެ.
އިސްތިއުނާފީ ނުކުތތައާ
6ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫމެޖިސްޓްރޭޓ ކޯޓުގް ނަންބަރ 247/Q10C/2019 ޤަޟިއްޔާ އިސްތިއުނާފުކުރަމުނ ގދ. ތިނަދޫ، ގަހާކޯޅި، ފާޠިމަތު ހިނދު ޢަބްދުލް މުޙްސިން ފަރާތުން އަންނަނިވި 06 )ހައެއް( ނުކުތާ ހުށަހަޅާފައި ވެއެވެ. • ފުރަތަމަ ނުކުތާ އަކީ: ދަށު ކޯޓުގެ ނިންމުނު ދިވެހިޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ލާމަރުކަޒީ އުޞޫލުން އިދާރީ ދާއިރާތައް ހިންގމުގ ޤާނޫނުގެ 232 ވަނަ މާއްދާއާއި ޚިލާފު ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ. • ދެވަނަ ނުކުތާ އަކީ: ދަށު ކޯޓުގެ ނިންމުން ޤާނޫނު ނަންބަރު 1/2002 )ބިމާބެހޭ ޤާނޫނު( ގ 2 ވަނަ މާއްދާއި ޚިލާފު ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ. • ތިންވަނަ ނުކުތާ އަކީ: ދަށު ކޯޓުގެ ނިންމުން ޤާނޫނު ނަންބަރު 1/2002 )ބިމާބެހޭ ޤާނޫނު(ގެ 12 ވަނަ މާއްދާގެ )ހ( އާއި ޚިލާފު ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ. • ހަތަރުވަނަ ނުކުތާ އަކީ: ދަށު ކޯޓުގެ ނިންމުން ދިރިއުޅުމަށްޓަކާ ބަންޑާރަ ގޯތި ދޫކުރުމުގޮއަ މިނިސްޓްރީ އޮފް އަރބަން ޑިވލަޕްމަންޓްގެ ޤަވާއިދާއި ޚިލާފު ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ. • ފަސްވަނަ ނުކުތާ އަކީ: ދަށު ކޯޓުގެ ނިންމުން ޤާނޫނު ނަންބަރު 32/2021 މަދަނީ އިޖުރާޢަތުގެ 321 ވަނަ މާއްދާއާއި ޚިލާފު ކަމަށްބުނެ ފާހަގަކުރި ނުކުތާއެވެ. • ހަވަނަ ނުކުތާ އަކީ:އެންޓްކޮރަޕްޝަނި ކޮމިޝަނުންފާޠިމަތު ހިނދު ޢަބްދުލް މުޙްސިނާއަށ ދެއްވފައިވ ޖަވާބުން އެނގެން ހުރި މަޢުލޫމާތަށް، މައްސަލަ ނިންމުމުގައި ޤާޟީ ރިޢާޔަތް ކުރައްވާފައިނުވ ކަމަށްބުނާ ފާހަގަކުރި ނުކުތާއެވެ. އިސްތިއުނާފީ ނުކުތާތަކާމެދު ދެފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި ދައްކާފައިވާ ވާހަކަތަކުގެ ޚުލާޞި
7އިސްތިއުނާފީ ނުކުތާތަކާ ގުޅިގެން ފާޠިމަތު ހިނދު ޢަބްދުލްމުޙްސިންގެ ފަރާތުން ފާހަގަކޮށްފައިވަނީ، ދަށު ކޯޓުން ދަޢުވާ ސާބިތުނުވާކަމަށް ކަނޑައަޅާފައިވަނީ ޤާނޫނީ އުސޫލުތަކާ ޚިލާފަށްކަމަށެވެ.އެގޮތުން އެންޓްކޮރަޕްޝަން ކޮމިޝަނުނިފާޠިމަތު ހިނދު ޢަބްދުލް މުޙްސިނއަށް ދެއްވިޖަވާބުނ އެނގެން ހުރި މަޢުލޫމާތަށް، މައްސަލަ ނިންމުމުގައި ދަށު ކޯޓުނ ރިޢާޔަތްކޮށްފައިނުވާކަމަށެވެ.އެގޮތުން ފާޠިމަތު ހިންދ ޢަބްދުލް މުޙްސިނއަށް ގޯތި ނުލިބިވަނީ ބިމާބެހޭ ޤާނޫނުގެ ހަމަތަކާ ޚިލާފަށްކަން އެ ލިޔުމުން އެނގެން އެބައޮތް ކަމަށެވެ.އެހެންކަމުންދިވެހިރާއްޖޭގެ ހައިކޯޓުގައި އެދޭގޮތަކީ ދަށު ކޯޓުގެ ޙުކުމް ބާޠިލްކޮށް، މައްސަލައިގައ ހޯދުމަށް އެދުނު ގޯތި ފާޠިމަތު ހިނދު ޢަބްދުލްމުޙްސިންއާ ޙަވާލުކޮށްދިނުމަށް ޙުކުމްކޮށް ނިންމައިދިނުން ކަމަށެވެ.
8ޖަވާބުގައި ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލްގެ ފަރާތުން ބުނެފައިވަނީ މި މައްސަލައިގައި ފާޠިމަތު ހިނދު ޢަބްދުލްމުޙްސިން ހޯދުމަށް އެދޭ ގޯއްޗަކީ ގދ. ތިނަދޫއިނ 2010 ވަނަ އަހަރު ގޯތި ދޫކުރުމަށް ކުރި އިޢުލާނާ ގުޅިގެން، ގޯއްޗަށް އެދި ހުށަހަޅައި،ގދ. ފަރެ ސްމާތޑާ، އެޕްރީލް، ޙުސައިން ޝާކިރުގާނަމުގައި ރަޖިސްޓްރީކޮށްފައިވ ގދ. ތިނަދޫ W-22/12 ގޯތި ކަމަށެވެ. އެ ގޯއްޗަކީ ފާޠިމަތު ހިނދު ޢަބްދުލްމުޙްސިން އަށް މީގެ ކުރިން ލިބުނު ނުވަތަ ލިބެންޖެހޭ ގޯއްޗެއްވެސް ނޫންކަމަށެވެ.އަދ ދަޢުވި ސާބިތުކުރުމަށް ފާޠިމަތު ހިނދު ޢަބްދުލްމުޙްސިނގެ ފަރާތުން ހުށަހެޅި އެއްވެސް ލިޔުމަކުން އެ ގޯއްޗަކްފާޠިމަތު ހިނދު ޢަބްދުލްމުޙްސިންއަށް ލިބެންޖެހޭ ގޯއްޗެއްކަން އެނގެން ނެތްކަމަށެވެ. ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ ބެންޗުނ ކުރް ސުވާލަކަށް ޖަވާބުދެމުނުހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލްގެ ފަރާތުން ބުނެފައިވަނީ ގޯއްޗަކަށ އެދް ފާޠިމަތު ހިނދު ޢަބްދުލްމުޙްސިން ހުށަހެޅި ކަމަށާއި ނަމަވެސް އެފަދައިން ހުށަހެޅި ފޯމް ގުރުއަތުގއި ބައިވެރިކޮށްފައިނުވާކަމަށާއި އެފޯމަށ ވީގޮތެއް އެނގެން ނެތް ކަމަށެވީ.އަދި އެ ފޯމަށް ވީނުވީ ނޭނގުންއެންޓްރީ މަރު ޙަލާއިނު ކަމަށެވެ. އަދި އެއިރު ގެންގުޅުނު އެންޓްރީ ފޮތުގައި ފާޠިމަތު ހިނދު ޢަބްދުލްމުޙްސިންގެ ނަމުގައި ޓިޕެކްސް ޖަހެ، އެ ނަމުގުމަތީގައި ޙުސައިން ޝާކިރުގެ ނަން ލިޔެފައިވާކަމަށެވެ. އަދި އެގޮތަށް ޢަމަލުކުރެވިފައިވަނީ އޮޅުމަކުން ފާޠިމަތު ހިންދ ޢަބްދުލްމުޙްސިންގެ ނަން ޖެހިފައިވާތީ ކަމަށް ދެކޭ ކަމަށެވެ. އެހެންކަމުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އެދޭގޮތަކީ ދަށު ކޯޓުގެ ޙުކުމް ދަމަހއްޓައިދިނުނަ ކަމަށެވެ. ދަށު ކޯޓަށް ފާޠިމަތު ހިނދު ޢަބްދުލްމުޙްސިންގެ ފަރާތުން ހުށަހަޅާފައިވާ ހެކި
9ދަށް ކޯޓުގައު މައްސު ލ ސާބިތުކުރުމަށްޓަކައި ފާޠިމަތު ހިނދު ޢަބްދުލްމުޙްސިންގެ ފަރާތުނ ހުށަހަޅާފައިވަނީ އަންނަނިވި ހެކިތައްކަނ ދަށް ކޯޓުގު ރިޕޯޓަށް ބެލުމުން އެނގެއެވެ.
9.1. އެންޓިކޮރަޕްޝަން ކޮމިޝަނުގެ ނަންބަރު 123-C4/INDIV/2018/25 )14 ފެބުރުވަރީ 2018( ސިޓީ
9.2. 18މޭ 2011 ގައި ހަވީރު ނޫހުގައި ޝާއިއުކޮށްފައިވާ ޚަބަރެއް
9.3. ފާޠިމަތު ހިނދު ޢަބްދުލްމުޙްސިންގެފަރާތުން 20 އެޕްރީލް 2015 ގައިހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލްގެ އިދާރާއަށް ފޮނުވާފައިވާ ސިޓީ ފާޠިމަތު ހިނދު ޢަބްދުލްމުޙްސިންގެ ފަރާތުން ހުށހެޅަ ހެކިތަކާމެދު ދަށު ކޯޓުން ރިޢާޔަތްކޮށްފައިވާ ގޮތް
10ހެކީގެ ގޮތުގައިފާޠިމަތު ހިނދު ޢަބްދުލްމުޙްސިންގެ ފަރާތުންހުށަހެޅުއެންޓިކޮރަޕްޝަން ކޮމިޝަނުގެ ނަންބަރ 123-C4/INDIV/2018/25) 14 ފެބުރުވަރީ 2018( ސިޓީ އިން ފާޠިމަތު ހިނދު ޢަބްދުލް މުޙްސިންގެ ނަމުގައި ހުށަހެޅި ފޯމަށް މާކްސް ދީ ގުރުއަތުގައި ބައިވެރިކޮށްފައިވާކަނ އެނގެން ނެތް ކަމާއި، އަދި ފާޠިމަތު ހިނދު ޢަބްދުލްމުޙްސިން ހުށަހެޅި ފޯމަށް ބަދަލުގެނެސްފައިވާކަނ އެނގެން ނެތްކަމާއި،މާކްސް ދިނުމުގެ މަރުޙަލާގެ ކުރިން އެފޯމު ނައްތާލާފައިވ ކަނާ އެނގެން އޮންން ކަމަށަ ދަށް ކޯޓުން ބަޔާންކޮށްފައިވެއެވެ. އަދިފާޠިމަތު ހިނދު ޢަބްދުލްމުޙްސިން ހޯދުމަށް އެދޭ ގޯއްޗަކީ ގދ. ފަރެސްމާތޮޑާ، އެޕްރީލް، ޙުސައިން ޝާކިރުގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ ގޯއްޗެއް ކަމާއި، އެގޯއްޗަކުފްޠިމަތު ހިންދ ޢަބްދުލްމުޙްސިން ހުށަހެޅި ފޯމަށް ބަދަލުގެނެސް އޭގައި ހުރި މަޢުލޫމާތު އޮޅުވާލުމަށްފަހު، ދީފައިވާ ގޯއްޗެއްކަން . ދަށު ކޯޓުގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ 20 ވަނަ ނަންބަރު . ދަށު ކޯޓުގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ 21، 22 އަދި 23 ވަނަ ނަންބަރު ފާޠިމަތު ހިނދު ޢަބްދުލްމުޙްސިންގެ ފަރާތުން ދަޢުވާ ސާބިތުކުރުމަށް ހުށަހަޅާފައިވާ އެއްވެސް ލިޔުމަކުން އެނގެން ނެތްކަމަށް ދަށު ކޯޓުން ބަޔާންކޮށްފައިވެއެވެ. މައްސަލައިގެ ޙަޤީޤަތްތައް ދަށު ކޯޓުން ކަށަވަރުކުރުމުގެ މުހިންމުކަން
11HN1ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޢިމާދު ޔޫސުފް ވ. ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާގައި މައްސަލަތަކުގެ ޙަޤީޤަތްތައް ކަނޑައެޅުމުގެ މުހިންމުކަމުގެ މައްޗަށް ބަޔާންކުރައްވާފައިވާ ކަންކަމަށް ބަލާއިރު، ކޮންމެ މައްސަލައަކާ މެދުވެސް ގޮތް ކަނޑައެޅުމުގެ ކުރިން، އެ މައްސަލައިގެ ޙަޤީޤަތްތަކަކީ ނުވަތަ ކަން ހިނގާދިޔަ ގޮތަކީ ކޮބައިކަން ދެނެގަތްމަކީ ފުރަތަމަ މަރުޙަލާގައި އެމައްސަލައެއ ބަލް ފަނޑިޔާރާ ނުވަތު ފަނޑިޔާރުންގެ މަސްއޫލިއްޔަތެކެވެ. އަދި މައްސަލައިގެ ޙަޤީޤަތްތަކަކީ ކޮބައިކަން ކަނޑއެޅުމުގައ އަދި އެކަންކަން ލިޔުމަށް ތިރިކުރުމުގައި މައްސަލައިގެ މައުޟޫޢާ ގުޅޭ ޙަޤީޤަތްތަކަށް )facts material( ސަމާލުވުމުގެ މުހިންމުކަން ބަޔާންކުރައްވައި، އުފެދިފައިވާ ޚުސޫމާތަށް ގޮތް ކަނޑައެޅުމުގެ ކުރިން ރިޢާޔަތްކުރަންޖެހޭ ޤާނޫނީ ނުކުތާތަކަކީ )issues Legal ( ކޮބައިކަން ސާފުވާނީ މައްސަލައިގެ ޙަޤީޤަތްތައް ދަނެގަނެވިގެންކަން ބަޔާންކުރައްވާފައިވެއެވެ. އަދި އިސްތިއުންފީ މަރުޙަލާގައި މައްސަލަ މައުޟޫޢީގޮތުން ބެލުމުގެ ކުރިން ދަށު ކޯޓުން މައްސަލައިގެ ކަން ހިނގާފައިވާގޮތ ކަށަވަރުކޮށްދީފައިވަނީ ސައްޙަކޮށްތޯ ކަނޑައެޅުމުގެ މުހިންމުކަން ބަޔާންކުރައްވައި، އެނޫންގޮތަކަށ ކަންކުރަންވެއްޖެނަމ މައްސަލައިގަ ޙަޤީޤަތްތަކުން ބަޔަކަށްރިޢާޔަތްނުކޮށް އިސްތިއުނާފީ މަރުޙަލާގައި ގޮތް ކަނޑައެޅުމުގެ ފުރުޞަތު ހުޅުވިގެންދާކަމަށާއި އިންސާފު ލިބިދިނުމަށް ހުރަސްތަކެއް ކުރިމަތިވުން އެކަށީގެންވާކަމަށް ބަޔާންކުރައްވާފައިވެއެވެ. . ދަށު ކޯޓުގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ 24 ވަނަ ނަންބަރު . ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު ގެ ނަންބަރ 2019/SC-A/09 ޤަޟިއްޔާ
12HN2މީގެ އިތުރުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެގަލްފ ކްރާފްޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ވ. އަކުއާ ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑި ޤަޟިއްޔާގައި، ދަށު ކޯޓުން މައްސަލައެއް އަލުން ބަލާއިރު، އެ މައްސަލަ ތަޙްވީލްކުރެވުނު ސަބަބުތަކުގެ ތަރަހައިގެ ތެރެއިން އެ މައްސަލައިގައި ގޮތެއް ކަނޑައެޅުމަށްޓަކައ ކުރިން ހުށަނޭޅޭ އައު ހެކި ހުށަހެޅުމަށް ކޯޓަށް އެންގިދާނެކަމަށް ބަޔާންކުރައްވާފައިވެއެވެ. މައްސަލައިގެ ޙަޤީޤަތްތައް ދަށު ކޯޓުން ކަށަވަރުކޮށްފައިވޭތޯ ބެލުން
13މ މައްސަލައިގައިއެންޓިކޮރަޕްޝަނ ކޮމިޝަނުން މައްސަލް ނިންމިގޮތް ބަޔާންކޮށް އެންޓިކޮރަޕްޝަން ކޮމިޝަނުގެ ނަންބަރ 123-C4/INDIV/2018/25 )14 ފެބުރުވަރީ 2018( ސިޓީފްޠިމަތު ހިންދ ޢަބްދުލްމުޙްސިނައަށް ދީފައިވާ ޖަވާބު ދަށު ކޯޓަށް ހުށަހެޅި ހެކިތަކުގެ ތެރޭގައި ހިމެނެއެވެ.އެންޓެ ކޮރަޕްޝަނި ކޮމިޝަނުގިއސިޓީގައވަނީ އަންނަނިވި ފަދައިންނެވެ. އަމިއްލަ ފަރާތްތަކަށް ދޭ ޖަވާބު "މައްސަލަ/ ލިއުން ހުށަހެޅި ފަރާތް: ފާޠިމަތު ހިނދު ޢަބްދުލްމުޙްސިން ...ތިޔަ ފަރާތުން 05 ފެބުވަރީ 2018 ގައި މިކޮމިޝަނަށް ފޮނުވާފައިވާ ސިޓީއާ ހަވާލާދީ ދަންނަވަމެވެ. ގޯއްޗަށް އެދި ކުރިމަތިލުމަށް ދީފައިވާ މުއްދަތުގެ ތެރޭގައި ގޯއްޗަށް އެދި ފޯމް ހުށަހަޅާފައިވާ ދެފަރާތްކަމަށްވާ ފާޠިމަތު ހިނދު ޢަބްދުލްމުޙްސިން،ގަހާކޯޅި، އައިޝުތާފާނު، ޑެންމާރކެ އުގެ ގެއްލިފައިވާކަމާއި، އ ފަރާތްތަކަށް ގުރުއަތގައ ބައިވެރިވުމުގެ ޙައްޤު ލިބިދީފައިނުވާ ކަމަށް ބުނާ މައްސަލަ ނިންމިގޮތް ތިރީގައި އެވަނީއެވެ. ގދ.ތިނަދޫ ގޯއްޗަށް އެދި ފޯމް ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ފާޠިމަތު ހިނދު ޢަބްދުލްމުޙްސިން، ގަހާކޯޅި، އައިޝުތާފާނު، ޑެންމާރކޫއގެ އެދި ފޯމު ހުށަހެޅިކަން ގދ.ތިނަދޫ އޮފީހުގެ އެންޓްރީ . ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު ގެ ނަންބަރ 2019/SC-A/08 ޤަޟިއްޔާ ފޮތާއި، ގޯއްޗަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ ލިސްޓުންނާއި އެފޯމްތައް ގދ.ތިނަދޫ އޮފީހަށް ހުށަހެޅި ފަރާތްތަކުގެ ބަހުން އެނގޭތީއާއި، އެގޮތުން ފާޠިމަތު ހިނދު ޢަބްދުލްމުޙްސިންގެ ފޯމް ގދ.ތިނަދޫ އޯފީހަށް ހުށަހަޅާފައިވަނީ އޭނާގެ ބައްޕަ ޢަބްދުލް މުޙުސިން، ގަހާކޫ ޅ، ޢައިޝަތްފާނުގެ ފޯމު ހުށަހަޅާފައިވަނީ ޙަސަންދީދީ، ވައިޓްސޭންޑް ގޯއްޗަށް އެދް ފޯމު ހުށަހެޅި ފަރާތްތަކުގެ ލިސްޓުގައި ބަޔާންކޮށްފައިވާތީ، އެ ދެފަރާތުން ގޯއޗަށ އެދް ފޯމި ހުށަހެޅިކަން ތަޙްޤީޤަށް ސާބިތުވާކަމާއި، ނަމަވެސް އެ ފަރާތްތަކުގެ ފޯމު ގދ.ތިނަދޫ ކައުންސިލްގެ އިދާރާގައި ނެތްކަމާއި، އަދި އެފަރާތްތަކުގެ ފޯމު މާރކްސް ދިނުމުގައި ބައިވެރިކޮށްފައިވާކަން އެއޮފީހުގެ ލިޔެކިޔުންތަކުން އެނގެން ނެތްކަމާއި، ފާޠިމަތޫހިންދު ޢަބްދުލްމުޙްސިން، ގަހާކޯޅި، ޢައިޝަތުފާނު، ޑެންމާރކްއާގެ ފޯމުގެ ބަދަލުގައި އެ ދެފޯމުގެ ނަންބަރުގައި، ގދ.މާތޮޑާ / އެޕްރީލްގެ، ޙުސައިން ޝާކިރުގެ ދެފޯމެއް ހިމަނައި އެދެފޯމަށް މާރކްސްދީ، ގުރުއަތުގައި ބައިވެރިކޮށ ޙުސައިން ޝާކިރުއަށ ގޯއްޗެއް ލިބިފައިވާކަމާއި، ގދ.ތިނަދޫނ ގޯއްޗަށް އެދް ފޯމް ހުށަހަޅާފައިވާ ލިސްޓުގައި ޙުސައިން ޝާކިރުގެ ނަން ލިޔެފައިވަނީ ކުރީގައި ލިޔެފައިވް ފާޠިމަތު ހިނދު ޢަބްދުލްމުޙްސިން، ގަހާކޯޅި ނަމުގައި ޓިޕެކްސްޖަހައި އެނަން ފޮރުވާލުމަށްފަހުގައިކަނ ތަޙުޤީޤަށް ފެނިފައިވާ ލިޔެކިޔުންތަކުންނާއި، މޯލްޑިވްސް ޕޮލިސް ސާރވިސްގެ ފޮރެންސިކް ސާރވިސް ޑައިރެކްޓަރޭޓުނ ތައްޔާރުކޮށްފައިވާ ރިޕޯރޓުން އެނގޭކަމާއި، ގޯއްޗަށް އެދި ޙުސައިން ޝާކިރުގެ ނަމުގައި ތައްޔުރުކޮށްފައިވާ ފޯމަކީ، ފާޠިމަތު ހިނދު ޢަބްދުލްމުޙްސިން، ގަހާކޯޅި ފޯމާ ނައްތާލުމަށފަހު އެފަރާތުގެ ފޯމުގެ ބަދަލުގައި ހިމަނާފައިވާ ފޯމެއްކަނ ތަޙްޤީޤަށް ސާބިތުވާކަމަށް ކިތާބީ ހެކި ލިބިފައިވާތީއާއި، މިމައްސަލައަކީ ޤާނޫނު ނަންބަރު 2008/13 )އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނު( ގެ 25 ވެނ މާއްދާގަ )ހ( ގ 2 ގުއިވާގޮތުގެމަތިން ކޮރަޕްޝަނުގެ ކުށެއް އެކުލެވޭ މައްސަލައެއްކަމަށް ކަނޑައަޅައި،، ޤާނޫނު ނަންބަރ 2000/2 )ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު( ގެ 12 ވަނަ މާއްދާގެ )ހ( ގެ ދަށުން، ހުވަދު އަތޮޅުދެކުނުބުރީ ތިނަދޫ ކައުންސިލްގެ މެމްބަރު ޢަލީ ޝާމް، ގދ.ތިނަދޫ/ ޑާބަންގެ މައްޗަށް ދަޢުވާކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުނެވެ. ނަމަވެސް، މިމައްސަލާގައި ޖިނާއީ ކުށުގެ ދަޢުވާއެއް ކުރާނެ ތަނެއް އޮތްކަމަށް ނުފެންނާތީ، ޕްރޮސި ކިއުޓަރީޖެނެރަލްގ އޮފީހުން ވަންމައްސަލަ އަނބުރާ މިކޮމިޝަނަށް ފޮނުވާފައެވެ. އަދި އެމައްސަލައިގައި ދަޢުވާ ނުކުރުމަށުޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމާފައިވާ ސަބަބުތަކަށް ރިޢާޔަތްކޮށް، މި މައްސަލަ މިކޮމިޝަނުނ ވަން ފައިލްކޮށްފައެވެ."
14HN3ބުނެވުނުއެންޓިކޮރަޕްޝަނ ކޮމިޝަނުން އެމައްސަލަ ނިންމިގޮތް ބަޔާންކޮށް ފާޠިމަތު ހިންދ ޢަބްދުލްމުޙްސިން އަށް ފޮނުވަފައިވާ ސިޓްއަށް ބަލާއިރު،ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫއިން ގޯތި ހޯދުމަށް ފާޠިމަތު ހިނދު ޢަބްދުލްމުޙްސިނިގެ ފަރާތުންފޯމު ހުށަހެޅްކަނިއެފަރާތުގެ ތަޙްޤީޤަށް ސާބިތުވާކަމަށް ބަޔާންކޮށްފައިވެއެވެ. ނަމަވެސް ފާޠިމަތު ހިނދު ޢަބްދުލްމުޙްސިން ހުށަހެޅި ފޯމު މާކްސް ދިނުމުގައި ބައިވެރިކޮށފައިވާކަނ އެނގެން ނެތް ކަމަށާއް،އ ފޯމުގެ ނަންބަރުގައި ޙުސައިން ޝާކިރުގެ ފޯމެއް ހިމަނައި އެފޯމަށް މާކްސުދީ ގަރާއަތުގައި ބައިވެރިކޮށްފައިވާކށުއި،ޙުސައިން ޝާކިރުގެ ފޯމަކީ ފާޠިމަތު ހިންދ ޢަބްދުލްމުޙްސިން ހުށަހެޅި ފޯމު ނައްތާލުމަށްފަހ ހުށަހެޅު ފޯމެއްކަން އެފަރާތުގެ ތަޙްޤީޤަށް ސާބިތުވާވަރަށް ކިތާބީ ހެކި ލިބިފައިވާކަމަށް ބަޔާންކޮށްފައިވެއެވެ. މިމަސައްލައާ ގުޅިގެނ ދަށު ކޯޓަށް އެންޓިކޮރަޕްޝަން ކޮމިޝަނުގެ ތަޙްޤީޤް ރިޕޯޓު ހުށަހެޅިފައިނުވެއެވެ.އެހެންކަމުން އެ ކޮމިޝަނަށް ހޯދިފައިވާ އަދި އެކޮމިޝަނުނ ގޮތް ކަނޑައެޅިފައިވްއެންމެހައެކަންކަމަކީ ކޮބައިކަނުއޭގ ތަފްޞީލާއެކްދަނެގަނެވިފައި ނުވެއެވެ.ކަންމިހެނ އޮތްއުރު، އެންޓިކޮރަޕްޝަން ކޮމިޝަނުގެ ތަޙްޤީޤް ރިޕޯޓު ހޯދައި، އެ ރިޕޯޓުން އެނގެންހުރި ކަންކަމަކީ ކޮބައިކަން ދަށު ކޯޓުން ދަނެގަނެ އެކަންކަމަށް ދަށު ކޯޓުން ރިޢާޔަތްކުރަންވާނެކަމުގައި ދެކެމެވެ.
15މީގެ އިތުރުން މޯލްޑިވްސް ޕޮލިސް ސަރވިސްއަށް މި މައްސަލަ ހުށަހެޅިކަމަށް ފާޠިމަތު ހިނދު ޢަބްދުލްމުޙްސިން ބުނެފައިވާއިރު، ފާޠިމަތު ހިނދު ޢަބްދުލްމުޙްސިން އެކުރާ ތުހުމަތާގުޅިގެން އެއިދާރާއިނ . ފާޠިމަތު ހިނދު ޢަބްދުލްމުޙްސިންގެ ފަރާތުން ހުށަހެޅު އެންޓިކޮރަޕްޝަން ކޮމިޝަނުގެ ނަންބަރ C4/INDIV/2018/25-123 )14 ފެބުރުވަރީ 2018( ސިޓީ އެމައްސަލާގައި ހޯދިފައިވާ ކަންތައްތަކެއް ވާނަމަ އެކަންތަކަކީ ކޮބައިކަންދަށުކޯޓުންސާފުކަށ އެކަންކަމަށް ދަށު ކޯޓުން ރިޢާޔަތްކުރަންވާނެކމުގައި ދެކެމެވެ.
16މ މައްސަލާގައި ފާޠިމަތު ހިނދު ޢަބްދުލްމުޙްސިން އެދިފައިވަނީ ގދ. ފަރެސްމާތޮޑާ، އެޕްރީލް، ޙުސައިން ޝާކިރުގެ ނަމުގައި ދޫކޮށްފައިވާ ގދ. ތިނަދޫ W-22/12 ގޯތި ފާޠިމަތު ހިނދު ޢަބްދުލްމުޙްސިން އަށް ލިބިދިނުމަށް ކަމުގައިވާއިރު، އެފަހަރު ގދ. ތިނާދޫއިން ގޯތާދޫކުރުމަށ ކުރެވުން އިޢުލާނާއި، އެއިޢުލާނާ ގުޅޭގޮތުން ޢަމަލުކޮށްފައި ވާނަމަވަ ޤާނޫނާއި، ޤަވިޢިދުތަކާއި، އުސޫލުތަކުގެ އަލީގީ އ ޙުސައިން ޝާކިރު އަކީ އެ އިޢޭލާނ ގުޅިގެނާ އިޢުލާނުގެ މުއްދަތުގައި އެއާ އެއްގޮތަށް ގޯއްޗަށްއެދުފޯމ ހުށަހެޅު ފަރާތެއްތޯއާއި، ގޯއްޗަށް ޝަރޠުހަމަވާ މީހަކުތއާއި،އޭނާގެ ނަމުގައި ހުށަހެޅީ ކިތައް ފޯމުތޯއާއި، އެފޯމު އެސެސްކުރެވުނުތޯއާއި،ގޯއްޗަށް ހުށަހެޅިފަރާތްތައް ޝޯޓޯލިސްޓް ކުރެވުނުނަމަ އެފަރާތ ޝްޓްލުސްޓ ކުރެވުނުތޯއާއި، އެފަރާތުގެ ފޯމިގުރއަތުގައި ހިމެނުނުތޯއާއު،ގުރުއަތުގައި އޭނާގެ ނަން ތަކުރާރުވެފައިވޭތޯ ދށަ ކޯޓުނު ސާފީކުރެވިފައި ނުވެއެވެ. ނަމަވެސް ދަށު ކޯޓުން މި ކަންކަން ސާފުކޮށް މިކަންކަން ހިނގާފައިވަނީ ޤާނޫނގޮތުނ ރަނގަޅަށް ކަން ނުވަތް ނޫންކަން ކަނޑައަޅަންވާނެކަމުގައި ދެކެމެވެ.
17އިސްވެ ބުނެވުނު އިއުލާން ގުޅިގެނާ ގޯއްޗަށް ކުރިމަތިލި ފާޠިމަތު ހިނދު ޢަބްދުލްމުޙްސިން ގޯއްޗަށް އެދޭ ފޯމު ހުށަހަޅައި،ފާޠިމަތު ހިނދު ޢަބްދުލްމުޙްސިންހުށަހެޅް ފޯމަށިއެންޓްރީ ނަންބަރެއް ދެވި އެންޓްރީގައ ނަންބަރާއެކ ފާޠިމަތު ހިނދު ޢަބްދުލްމުޙްސިންގެ ނަން ލިޔެފައިވަނިކޮށް ފާޠިމަތު ހިނދު ޢަބްދުލްމުޙްސިން ނަން ޓިޕެކްސްޖަހައި އެންޓްރީން ކަނޑާލުމާއި، އެތަނުގައި ޙުސައިން ޝާކިރުގެ ނަން ޖަހައި ފާޠިމަތު ހިންދ ޢަބްދުލްމުޙްސޫނ އަށް ދޫކުރެވުނު އެންޓްރީ ނަންބަރު ބޭނުންކޮށްގެން ޙުސައިން ޝާކިރު އަށް ގދ. ތިނަދޫ W-22/12ގޯތި ލިބުމުގައި ނުރަނގަޅު ނުފޫޒެއް ފޯރުވާފައި ވޭތޯއާއި،ޙައްޤުނޫން މަންފާއެއް ޙުސައިން ޝާކިރ އަށު ލިބޭފަދަ ޢަމަލެއް އެއްވެސް ފަރާތަކުން ކޮށްފައިވޭތޯމަދަނީ މިންގަނި ޑުން ބަލައި އެކަމުގައި ދަށުކޯޓުން ގޮތްކަނޑައަޅަންޖެހޭނެކަމުގައި ދެކެމެވެ.
18HN4މީގެ އިތުރުން، މި މައްސަލައިގައި ފާޠިމަތު ހިނދު ޢަބްދުލްމުޙްސިން ހޯދުމަށް އެދޭ ގޯއްޗަކީ މިހާރޮގދ. ފަރެސްމާތާޑާ، އެޕްރީލް، ޙުސައިން ޝާކިރުށް ދީފައިވް ގޯއްޗެއްކަމުގައި ދަށު ކޯޓަށް ފާޠިމަތު ހިންދ ޢަބެދުލްމުޙްސިނ ހުށަހެޅް ދަޢުވާގައި ބަޔާންކޮށްފައި ވަމުގެ އިތުރުން، އެ ގޯއްޗަކީ މިހާރު ޙުސައިން ޝާކިރުގ ނަމުގައި ރުޖިސްޓްރީ ކުރެވިފައިވާ ގޯއްޗެއްކަމުގައި ތިނަދޫ ކައުންސިލް އިދާރާއިން ބުނެފައވާއިރަމި، މައްސަލްއަކީ ޙުސައިން ޝާކިރުގެ މަސްލަޙަތު އޮތް މައްސަލައެއްކަންސާފުކޮށްއެނގެއެވެ. އެހެންނަމަވެސް މި މައްސަލައިގައި ދަށު ކޯޓުނުމައްސަލައިގެ މަޢުލޫމާތުޙުސައިން ޝާކިރްއަށް ދީ ތަދައްޚުލުވުމަށް ފުރުޞަތުދީ ޙުސައިން ޝާކިރުގެ ބަހެއް ހޯދާފައިވާކަން އެނގޭކަށް ނެތެވެ. އެހެންކަމުން ޤާނޫނު ނަންބަރު 2021/32 )މަދަނީ އިޖުރާއަތުގެ ޤާނޫނު( ގެ 81 ވުނ މާއްދާގަ )ހ( އަށް ރިޢާޔަތްކޮށް މި މައްސަލައަށް ޙުސައިން ޝާކިރީތަދައްޚުލވުމުގެ ފުރުޞަތުދީ ޚަސްމެއްގެ ގޮތުގައި ހިމަނައިޙުސައިން ޝާކިރުގެ މަސްލަޙަތުގައި ޙުސައިން ޝާކިރު އަށްކޯޓުގއި ބަސްބުނުމުގަ ފުރުޞަތު ދޭންޖެހޭކަމުގައި ދެކެމެވެ.
19HN5މި މައްސަލްއިސްތިއުނާފުކުރަމަށް ފާޠިމަތު ހިނދު ޢަބްދުލް މުޙްސިނީފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާތަކަށް ރިޢާޔަތްކުރަން ބަލާއިރު އެނުކުތާތަކަށް އިސްތިއުނާފީ މަރުހަލާގައި ގޮތްކަނޑައެޅޭނ މަތީގައި ބަޔާންކޮށްފައވާފަދައިނ މައްސަލައިގް ވާޤިޢާ ދަށު ކޯޓުން ސާފުކުރުމަށްފަހު، ބުޔަންކުރެވުނ ކަންކަމުގެ މައްޗަށް ދަށު ކޯޓުން ގޮތްކަނޑައެޅިގެނ ކަމުގައި ދެކެމެވެ.
ނިންމަންފެންނަ ގޮތް
20އިސްވެ ބަޔާންކުރެވުނު ކަންކަން އެހެން ހުރުމުން، ދަށު ކޯޓުން މި މައްސަލައިގެ މައުޟޫޢުގައި އިސްތިއުނާފީ މަރުޙަލާގައި ގޮތް ކަނޑައެޅިދާނެ މިންވަރަށް މައްސަލައިގެ ވާގިއާ ކަށަވަރުކޮށްފައެ ވާކަމުގައި ބެލެވޭކަށް ނެތވެ.އެހެންކަމުން މި މައްސަލައިގައި އިސްވެބަޔާންކުރެވުނަތަރަހައިގެ ތެރެއިން މައްސަލަ އަލުން ބަލައިމައްސަލައިގެ ވާގިއާ ކަށަވަރުކޮށުދަށ ކޯޓުނު ގޮތްކަނޑައެޅުމަށްޓަކައ ޤާނޫނު ނަންބަރ 2010/22 )ދިވެހިރާއްޖޭގ ކޯޓުތަކުގެ ޤާނޫނު( ގެ 46 ވަނީ މާއްދާގަ )ށ( ގެ ދަށުންހުވަދުއަތޮޅު ދެކުނުބުރި ތިނަދޫ މެޖިސްޓްރޭޓް ކޯޓަށްމިމައްސަލ ތަޙްވީލްކުރުމަށ ބުރަވެވެއެވެ.
ފަނޑިޔާރު ޙަސަން ޝަފީޢުގެ ރައުޔު؛
ދަށު ކޯޓަށް ހުށަހެޅި ދަޢުވާއާ ގުޅިގެން ފާހަގަވާ ކަންކަން
21ދށަ ކޯޓަށު ހުށަހެޅުން ދަޢުވާއަށް ބަލާއިރު، އެ ދަޢުވާގައި ބަޔާންކޮށްފައިވަނ 02 )ދޭއް( ހާދިސާއެއްގެ ވާހަކަކަން އެނގެއެވެ. އެގޮތުން، ފުރަތަމަ ހާދިސާއަކީ ފާޠިމަތު ހިނދު ޢަބްދުލް މުޙްސިން ގޯއްޗަށްއެދ ހުށަހެޅި ފޯމު ގދ.ތިނަދޫ ކައުންސިލުގައި ފެންނަންނެތްކަމަށ ކައުންސިލުން ބުން ބުނުމާ ގުޅާ ހާދިސާއެވެ. އަދި ދެވަނަ ހާދްސާއަކީ، ފާޠިމަތު ހިނދު ޢަބްދުލް މުޙްސިން ގޯއްޗަށްއެދި ހުށަހެޅުމުން، އޭނާގެ ފޯމަށް ދެވުނު އެންޓްރީ ނަންބަރާ ދިމާލުގައި،ފާޠިމަތު ހިނދު ޢަބްދުލް މުޙްސިންގެ ނަން ލިޔެފައިވާ އެންޓްރީ ފޮތުގައި އޮތ އޭނާގެ ނަން ޓިޕެކުހުން ކަނޑާލުމަށްފަހު އެ ތަނުގައި ޙުސައިން ޝކިރ ކިޔު މީހެއްގެ ނަންލިޔީ،ފާޠިމަތު ހިނދު ޢަބްދުލް މުޙްސިންގެ އެންޓްރީ ނަންބަރުގައި އޮތް ފޯމަށް މާކުސްދ، ގުރުއަތުލައި ޙުސައިން ޝާކިރުއާ ގޯއްޗެއް ޙަވާލުކުރިކަމަށް ބުނާ ހާދިސާކަން އެނގެއެވެ. ޤާނޫނުއަސާސީގެ 232 ވަނަ މާއްދއ ޚިލާފަށާ މައްސަލް ނިންމާފައާ ވާކަމަށް ބުނާ ބުނުން
22އިސްތިއުނާފުކުރާ ފަރާތުން އިސްތިއުނާފީ ފީ ރަތަމަ ނުކުތާގައި ފާހަގަކޮށްފު އިވަނ ދަށު ކޯޓުގެ ނިންމުން ދިވެހިޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 232 ވަނަ މާއްދާއާ ޚިލާފު ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ. އަދި މި ނުކުތާއަކީ ދަށު ކޯޓުގައިވެސްފާޠިމަތ ހިނދު ޢަބްދުލް މުޙްސިންގެ ފަރާތުން ފާހަގަކޮށްފައިވާ ނުކުތާއެއްކަން އޭނާގެ ޚުލާޞާ ބަޔާނުގެ 1 ވަނަ ނަންބަރުން އެނގެން އޮވެއެވެ. އެގޮތުން، ފާހަގަކޮށްފައިވަނީ ކައުންސިލްގެ މަސްއޫލިއްޔަތަކީ މަކަރާ ހީލަތް ހެދުމަށް މަގުފަހިކޮށްދީ އެކަމަށް ވާގިވެރިވުންނޫންކަމަށެވެ.
23ޤާނޫނުއަސާސީގެ 232 ވަނަ މާއްދާ ގައި ބަޔާންކޮށްފައިވަނީ: "232 . ލާމަރުކަޒީ އުޞޫލުން ކަންކަން ހިންގުމަށް އިންތިޚާބު ކުރެވޭ ކައުންސިލްތަކުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި އަންނަނިވި ކަންކަން ހިމެނެއެވެ: )ހ( ދީމިޤްރާތީ އަދި ޖަވާބުދާރީވަނިވި އުޞޫލުތަކުގެމަތީނ ކަންކަން ހިންގުން. )ށ( އިޤްތިޞާދީ އަދި އިޖްތިމާޢީ ދުޅަހެޔޮކަމާއި މުޖްތަމަޢުގެ ތަރައްޤީއަށް ބާރުއެޅުން. )ނ( ޞިއްޙަތަށް ރަނގަޅު ރައްކާތެރި، ދިރޭ ތަކެތީގެ މުއްސަނދިކަން ރައްކާތެރިކުރެވޭ ތިމާވެއްޓެއް ޤާއިމްކޮށްފައި ބޭއްވުމަށް ބާރުއެޅުން. )ރ( ޤާނޫނުން ކަނޑައަޅާ މިނޫންވެސް މަޤްޞަދުތައް ޙާޞިލްކުރުމަށް މަސައްކަތްކުރުން."
24HN6ބުނެވިދިޔަ މާއްދާއަށް ބަލާއިރު، ކައުންސިލްތަކުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ދީމިގްރާތީ އަދ ޖަވާބުދާރީވަނިވި އުޞޫލުތަކުގެ މަތިން ކަންކަން ހިންގުން ބަޔާންކޮށްފައި އޮތް އޮތުމުން، ކައުންސިލަ ނ ކުރާކަންކަމަށާއި ކައުންސިލުން ކުރަންޖެހޭ ނުކޮށްދޫކޮށްލި ކަންކަމުގެ ފުރިހަމު ޒިންމާ ކައުންސިލުން އުފުލަންޖެހޭނެކަމަށ އަހުރެން ދެކެމެވެ. އަދި ކައީންސިލުގެ އެންމެހައި ޢަމަލުތަކާ ގުޅިގެން ޤާނޫނެއްގެ ނުވަތަ ޤަވާޢިދެއްގ ނުވަތެ އުޞޫލެއްގެ މައްޗަށް ބިނާކޮށްފައިވާ ސަބަބެއް ދެއްކުމަކެ ކައުންސިލުން ކުރަންޖެހޭނެކަމެއްކަމުގައި އަހުރެން ދެކި މެވެ. އެހެން ޢިބާރާތަކުން ބުނާ ނަމަ، ކައުންސިލުގެ އެންމެހައި ޢަމަލުތަކާ ގުޅިގެން ޤާނޫނީ ޙުއްޖަތު ދެއްކުމަކީ ކައުންސިލުގެ ޒިންމާއެކެވެ.
25ބުނެވިދިޔ ޤާނޫނަ ހަމަ އެފަދައިން އޮތްނަމަވެސް، ހުށަހެޅިފައިވާ ޤަޟިއްޔާ ދަށު ކޯޓުން ބެލުމުގައި އެކަމަށް ރިޢާޔަތްކޮށްފައި އޮތަތީއެއް ނުފެނެއެވެ. އެކަން އަހުރެން އެގޮތަށް ފާހަގަ މިކުރ ސަބަބަކާ ގޯއްޗެއް ހޯދުމަށްއެދި ފާޠިމަތު ހިނދު ޢަބްދުލް މުޙްސިން ހުށަހެޅި ހުށަހެޅުމާ ގުޅިގެން ކައުންސިލުން ޢަމަލުކުރި ގޮތާމެދު އުފެދިފައ އޮތި ޚުޞޫމާތް ދަށު ކޯޓުނު ބަލައި ނިންމިއިރު، އެ ޤަޟިއްޔާގައި، ކައުންސިލުން ހިނދު ޢަބްދުލް މުޙްސިނަށް ޖަވާބުދާރީވުމުގެ ބަދަލުގައި ފާޠިމަތު ހިނދު ޢަބްދުލް މުޙްސިން ކައުންސިލަށް ޖަވާބުދާރީވާންޖެހޭކަމަށ ބަލައިގެން މައްސަލް ނިންމާފައި އޮތަތީއެވެ.
މަދަނީ ޚުޞޫމާތު ސާބިތުކުރުމުގެ ބުރަ
26ދެބަސްވުމެއް ނެތް އެނގެނި އޮންނަގޮތުގައ ދަޢުވި ސާބިތުކުރުމުގެ ބުރައަކީ ދަޢުވާކުރާ ފަރާތުން އުފުއްލަންޖެހޭ ބުރައެކެވެ. އެހެނީ، ދަޢުވާކުރާ ފަރާތުގެ ދަޢުވާ ސާބިތުކޮށްދިނުމަކީ ދަޢުވާކުރާ ފަރާތުނ ކުރަންޖެހޭކަމެކެވެ. ބުނެވިދިޔަ އުޞޫލު ބިނާވެފައިވަނީ probandi” onus incumbit Actori" މި ޤާނޫނީ ޤާޢިދާގެ މައްޗަށެވެ. އެ ޤާޢިދާގެ އިނގިރޭސި ތަރުޖަމާއަކީ: “The burden of proof lies on the plaintiff” ކަން އެނގެއެވެ.
27ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2010/SC-A/02 ޤަޟިއްޔާގައި މަދަނީ ޚުޞޫމަތްތަކުގައި ސާބިތުކުރުމުގެ ބުރަނުވަތ Probandi Onus އުފުލުމުގެ ޒިންމާއަކީ ދަޢުވާކުރާ ފަރާތުގެ މަސްއޫލިއްޔަތެއްކަމާއި، ދަޢުވާއެއްގައި އެއް ޚަޞްމަކު އަނެއް ޚަޞްމަކާ ކުރިމަތި ކުރުވާ ދަފްޢު ސާބިތުކުރުމުގެ މަސްއޫލިއްޔަތު އުފުލަންޖެހޭ ފަރާތަކީ އެ ދަފްޢުއެއްކުރާ ފަރާތެއްކަން އެ ޤަޟިއްޔާގައި ފާހަގަކުރެވުނު ނުކުތާތަކުގެ )ނ( ގައި ކަނޑައަޅާފައިވާކަން އެނގެން އޮވެއެވެ. ހުވަދު އަތޮޅދެކުނުބުރީ ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 247/Q10C/2019ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓްގެ 19 ވަން ނންބަރުނަ 23 ވަނަ ނަންބަރަށް ފާހަގަކޮށްފައިވާ ކަންކަން ދަޢުވާ ސާބިތުކުރުމުގެ ބުރަ އަދާކުރެވިފައިވޭތޯ ބެލުން
28ފާޠިމަތު ހިނދު ޢަބްދުލް މުޙްސިން ދަށުކޯޓަށ ހުށަހެޅް ދަޢުވާއަކާ 2011 ވަނަ އަހަރު ތިނަދޫއިން ގޯތި ދޫކުރުމަށް އިޢުލާނުކުރުމާ ގުޅިގެން، އޭނާ ގޯއްޗަކަށް އެދި ފޯމު ހުށަހެޅުމުން، ފޯމު ގުރުއަތުގައ ހިމެނި މާކްސްދެވިފައިވަނިކޮށް، އޭރު ގދ.ތިނަދޫ ކައުންސިލަރެއްގެ މަޤާމުގައިހުރި ޢަލީ ޝާހު، ފޯމުގައި ޓިޕކްސްޖަހައި، އެ ފޯމް ޢަލީ ޝާހުގެ ބޭބެ، ގދ.މާތޮޑާ އޭޕްރީލް،ޙުސައިން ޝާކިރުގެ ނަމަށް ބަދަލުކޮށް އޮޅުވާލުމަށްފަހު އެ ގޯތި ޙުސައިން ޝާކިރަށް ދޫކޮށްފައިވާކަމަށްބުނެ، ޙުސައިން ޝާކިރަށް ދޫކޮށްފައިވާ ގޯތި ލިބިގަތުމަށްކުރި ދަޢުވާއެއްކަން އެނގެއެވެ. އަދ އެ ދަޢުވާ ސާބިތުކުރުމަށް ހެކި ހުށަހަޅާފައިވާކަން އެނގެން އޮވެއެވެ.
29ފާޠިމަތު ހިނދު ޢަބްދުލް މުޙްސިން އޭނާގެ ދަޢުވާ ސާބިތުކުރުމަށް ހުށަހެޅި އެންޓި -ކޮރަޕްޝަން ކޮމިޝަންގެ "އަމިއްލަ ފަރާތްތަކަށް ދޭ ޖަވާބު" މި ލިޔުމުން އަންނަނިވި ކަންކަން އެނގެން އޮންނައޮތުނ އަހުރެން ފާހަގަކުރަމެވެ.
29.1. ފާޠިމަތު ހިނދު ޢަބްދުލް މުޙްސިން ގޯއްޗަށްއެދި ފޯމު ހުށަހެޅިކަން ގދ.ތިނަދޫ އޮފީހުގެ އެންޓްރީ ފޮތާއި، ގޯއްޗަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ ލިސްޓުންނާއި، އެ ފޯމު ގދ.ތިނަދޫ އޮފީހަށް ހުށަހެޅި ފަރާތުގެ ބަހުން ސާބިތުވާކަން.
29.2. ފާޠިމަތު ހިނދު ޢަބްދުލް މުޙްސިންގެ ފޯމު ގދ.ތިނަދޫ ކައުންސިލްގެ އިދާރާގައި ނެތްކަން
29.3. ފާޠިމަތު ހިނދު ޢަބްދުލް މުޙްސިންގެ ފޯމު މާކުސްދިނުމުގައި ބައިވެރިކޮށްފައިވާކަން އެ އޮފީހުގެ ލިޔެކިއުންތަކުނ އެނގެން ނެތްކަން.
29.4. ފާޠިމަތު ހިނދު ޢަބްދުލް މުޙްސިންގެ ފޯމާއި އައިޝަތުފާނު،ޑެންމާކުއާގެ ފޯމުގެ ބަދަލުގައި އެ ދފޯމުގެ ނަންބަރުގައި، ގދ.މާތޮޑާ/އެޕްރީލްގެ ޙުސައިން ޝާކިރުގެ ދެފޯމެއ ހިމަނާ އެ ދެފޯމަށް މާކުސްދީ، ގުރުއަތުގައި ބައިވެރިކޮށ ޙުސައިން ޝާކިރުއަށް ގޯއްޗެއް ދީފައިވާކަން
29.5. ގޯއްޗަށް އެދް ފޯމު ހުށަހަޅާފައިވާ ލިސްޓްގައި ޙުސައިން ޝާކިރުގެ ނަން ލިޔެފައިވަނީ ކުރީގައި ލިޔެފައިވާ ފާޠިމަތު ހިނދު ޢަބްދުލް މުޙްސިންގެ ނަމުގައި ޓިޕެކްސްޖަހައި އެނަން ފޮރުވާލުމަށްފަހުގައިކަނ ތަޙްޤީޤަށް ފެނިފައިވާ ލިޔެކިއުންތަކުންނާއި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފޮރެންސިކް ސަރވިސް ޑައިރެކްޓަރޭޓުން ތައްޔާރުކޮށްފައިވާ ރިޕޯޓުން އެނގޭކަން.
29.6. ގްއްޗަށްއެދި ޙުސައިން ޝާކިރުގެ ނަމުގައި ތައްޔާރުކޮށްފައިވާ ފޯމަކީ، ފާޠިމަތު ހިނދު ޢަބްދުލް މުޙްސިން ހުށަހަޅާފައިވާ ފޯމު ނައްތާލުމަށްފަހު އެފަރާތުގެ ފޯމުގެ ބަދަލުގައި ހިމަނާފައިވާ ފޯމެއްކަނ ތަޙްޤީޤަށް ސާބިތުވާވަރަށް ކިތާބީ ހެކި ލިބިފައިވާކަން.
29.7. އަދި ހުވަދުއަތޮޅުދެކުނުބުރީ ތިނަދޫ ކައުނާސިލްގެ މެމްބަރް ޢަލީ ޝހެ،ގދ.ތިނަދޫ ޑާބަންގ މއްޗަށ މި މައްސަލާގައި ދަޢުވާކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުނުކަން.
29.8. ޖިނާއި ދަޢުވާއެއް ކުރާނެ ތަނެއް އޮތްކަމަށް ނުފެންނާތީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން މައްސަލަ އަނބުރާ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ފޮނުވާފައިވާކަން.
30ފާޠިމަތު ހިނދު ޢަބްދުލް މުޙްސިން ކޮށްފައިވާ ދަޢުވާގައި އޭނާ ގޯއްޗަށް ފޯމު ލީ ކަމާއި، ނަމަވެސް އެންޓްރީ ފޮތުގައި އޭނާގެ ނަންލިޔެފައި އޮތްތަން ޓިޕެކުހުނ ކަނޑައް ޙުސައިނުޝިކިރާގެ ނަން އެ ތަނުގައި ޖަހާފައިއޮތްކަމާއި، އޭނާ ހުށަހެޅި ފޯމަށް ވީގޮތެއް ބުނެދޭން ނޭންގޭކަން ކައުންސިލުގެ އިޢުތިރާފުންނާއި ފާޠިމަތު ހިނދު ޢަބްދުލް މުޙްސިން ޝަރީޢަތަށް ހުށަހެޅި ކިތާބީ ހެކިން މަދަނީ މިންގަނޑުން ޝަރީޢަތަށް ސާބިތުވާނީ އޮތްކަމަށް އަހުރެން ދެކެމެވެ.
31އަހުރެން އެގޮތަށް ދެކޭ ސަބަބަކީ:
31.1. ޖްވާބުދާރީވަނިވި އުޞޫލުތަކުގެ މްތިނަ ކަންކަން ހިންގުންޤާނޫނުން މަތިކޮށްފައި އޮތ ކައުންސިލަކަށް، އެންމެ އަސާސީ އެއް ބޭނުންކަމުގައިވް،ބޯހިޔާވަހިކަން ހޯދުމުގެ ގޮތުން ގޯއްޗަށް އެދި ހުށަހެޅި ފޯމު ވީނުވީއެއް ނޭންގި އެ ކައުންސިލުގެ ފަރުވާކުޑަވެގެންނުވަތަ މަތިކޮށްފައިވާ ޤާނޫނީ ޒިންމާ ޤާނޫނާއެއްގޮތަށް އަދާނުކުރުމުގެ ސަބަބުން ނޫންގޮތަކަށް، މި ޙާލަތުގައި، ގެއްލިގެން ނުދާނެތީ އއ
31.2. ފޯމު ގެއްލެން މެދުވެރިވި އެއްވެސް ޖާއިޒު ސަބަބެއް ކައުންސިލަށް ބުނެދެވިފައި ނެތަތީއާއި،
31.3. ފޯމު ހުށަހެޅުމަށްފަހު އެ ފޯމުގެ ފުރިހަމަ ކޮންޓްރޯލް އޮންނާނީ ކައުންސިލުގައިކަނ އެނގެން އޮތަތީ އަދ
31.4. ފޯމު ގެއްލިފައިވަނ ދަޢުވާކުރީ ފަރާތުން ކުރިކަމަކުނ ނުވަތް އޭނާ ނުކޮށް ދޫކޮށްލިކަމެއްގ ސަބަބުންކަން އެނގެން ނެތަތީއެވެ. ދަޢުވް ސާބިތުކުރުމުގެ ބުރަ ފުރޮޅިގެން ދިއުމާއި ކައުންސިލުން ޖަވާބުދާރީވިގޮތު
32މ މައްސަލާގައި ކަންހިނގާފައިވާ ގޮތަށް ބަލާއިރު، ފާޠިމަތު ހިނދު ޢަބްދުލް މުޙްސިންގެ ފޯމަށް މާކްސްދިންތޯ ނުވަތަ ނޫންތޯ އާއި، އެ ފޯމު ގުރުއަތުގައި ހިމެނިތޯ ނުވަތަ ނޫންތޯ އާއި އޭނާ ހުށަހެޅި ފޯމަށް ބަދަލު ގެނެސްފައިވާކަން ނުވަތަ ނޫންކަން ސާބިތުކޮށްދިނުމަކީ،ފްޠިމަތްހިންދު ޢަބްދުލް މުޙްސިންއަށ ސާބިތުކޮށްދެވޭނެ ކަންކަމެއްނޫނެވެ. ނަމަވެސު، ދަށު ކޯޓުން މައްސަލަ ސާބިތުނުވީ ބުނެވިދިޔަ ކަންކަން ފާޠިމަތު ހިނދު ޢަބްދުލް މުޙްސިނަށ ސާބިތުކޮށް ނުދެވުމުންކަން އެ ރިޕޯޓުން އެނގެއެވެ. ހުވަދު އަތޮޅުދެކުނުބުރީ ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރ 247/Q10C/2019ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓްގެ 21 ވަނަ ނަންބަރުން 23 ވަނަ ނަންބަރަށް ފާހަގަކޮށްފައިވާ ކަންކަން
33ކައުންސިލުގެ އިޢުތިރާފުން އެނގޭގޮތްގައު ފާޠިމަތު ހިނދު ޢަބްދުލް މުޙްސިން ގޯއްޗަށް އެދޭ ހުށަހެޅިއެވެ. ނަމަވެސަ، އެ ފޯމު ފެންނާކަށް ނެތެވެ. އެންމެ ކުޑަމިނުން އެ ފޯމަށް ވީގޮތެއްވެސް ބުނެދޭކަށް ކައުންސިލަކަށް ނޭނގެއެވެ. އެ ފޯމު ބެލެހެއްޓުމުގެ ޒިންމާ ކައުންސިލަށް އޮތްއިރު، ޒިންމާދާރުކަން ކުޑގޮތަކަށ ފޯމަށް ވީގޮތެއް ނޭނގޭކަމަށް ބުން ކައުންސިލުން ޒިންމާއިން ބަރީއަވެވިދާނެކަމަކަށ އަހުރެން ނުދެކެމެވެ.
34ފާޠިމަތު ހިނދު ޢަބްދުލް މުޙްސިން ހުށަހެޅި ފޯމަށް ނަންބަރެއްދެވި، އެންޓްރީކުރެވި، އެންޓްރީ ފޮތުގައި އޭނާގެ ނަންލިޔެފައިވަނިކޮށް، އެ ނަން ޓިޕެކްސްޖަހައި ކަނޑާލުމަށްފަހު އެ ނަން އޮތްތަނުގައި އެހެނ މީހެއްގެ ނަމެއް ލިޔެފައިވަނީ ކީއްވެގެންކަން ބަޔާންކޮށްދިނުމަކީ ކައުންސިލުން އަދާކުރަންޖެހޭ ޒިންމާއެކެވެ. އަދި ފާޠިމަތު ހިނދު ޢަބްދުލް މުޙްސިން ގޯއްޗަށް އެދި ހުށަހެޅ ފޯމުގެ ޒިންމާ ކައުންސިލުން އުފުލަންޖެހޭކަނ ފާޠިމަތު ހިނދު ޢަބްދުލް މުޙްސިން ހުށަހެޅި ހެކިތަކުން އެނގެއެވެ.
35އެހެންކަމުން، މި ޙާލަތުގައި ކައުންސިލުން ޢަމަލުކުރިގޮތް ޖަސްޓިފައިކޮށްދިނުމަކީ ކައުންސިލުގެ ޒިންމާއެއްކަމަށްވާއިރު، ދަށު ކޯޓުން މި މައްސަލަ ނިންމާއިރު، އެކަންކަމަށް ރިޢާޔަތްކޮށްފައިވާކަން އެނގޭކަށް ނެތެވެ.
36ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މަޢާނާ މުޙައްމަދު ވ. އިބްރާހީމް މުޢިއްޒު އާއި އިތުރު ހަތަރު ފަރާތެއް ޤަޟިއްޔާގައި އަންނަނިވި ޢިބާރާތުން ފާހަގަކޮށްފައިވެއެވެ. އެ ޢިބާރާތުގައި ވަނީ: ..." ސަބަބުވެރި، ކަމުގެ ލަޔާޤަތާއި ޤާބިލިއްޔަތު ހުރި ޤާނޫނީ ވަކީލަކު ކޯޓަށް ދަޢުވާއެއް ހުށަހަޅާނީ ދުރާލާ ރާވައިގެން ވިސްނުންތެރިކަމާއެކު، ދަޢުވާ ސާބިތުކުރުމަށް ބޭނުންވާނެ ހެއްކަކީ ކޮބައިކަން ދެނެގަނެ، މައްސަލައަށް ރަނގަޅަށް ތައްޔާރުވެގެންނެވެ. އަދި އެ މަރެހަލާގައި މައްސަލައަށް ރަނގަޅަށް ތައްޔާރުނުވެ، ހުށަހަޅަންޖެހޭ ހެކި ހުށަނޭޅި، ދައްކަންޖެހޭ ވާހަކައެއް ނުދެއްކި ދިއުމުން، އަދި އަތުން ބީވެގެންދާ ކުޑަކުޑަ ކަމެއްގެ ސަބަބުން، އިސްތިއުނާފީ މަރުހަލާތަކުގައި ދެންނުކުންނާނ ހިތި ނަތީޖާވެސް، ސަބަބުވެރި، ލަޔާޤަތާއި ޤާބިލިއްޔަތުހުރ ޤާނޫނި ވަކީލަށް އެނގޭނެއެވެ. ..." [2021] SC 102 ގެ 29 ވަނަ ނަންބަރ
37ބުނެވިދިޔަ އުޞޫލާ އެއްގޮތަށް ދަޢުވާރައްދުވާ ފަރާތުންވެސް ދަޢުވާއިން ދިފާޢުވުމަށް ދުރާލާ ރާވައިގެން ވިސްނުންތެރިކަމާ ފަރުވާތެރިކަމާއެކު މަސައްކަތްކުރަންޖެހޭނެކަމަށ އަހުރެންނަށް ގަބޫލުކުރެވެއެވެ.
38ކައުންސިލު މަތިކުރެވިފައިވާ ޤާނޫނާ ވާޖިބު ކައުންސިލުން އަދާކޮށްފައިވަނީ ޤާނޫނާ އެއްގޮތަށްކަން ސާބިތުކޮށްދިނުމުގެ ބުރައަކީ ކައުންސިލުން އުފުލަންޖެހޭ ބުރައަކަށްވާއިރު، އެކަން ފަރުވާތެރިކަމާއެކ ކައުންސިލުން ކޮށްފައި އޮތްކަމަށް ބުނެވޭނެ ޖާގައެއް އޮތ ކަމަކަށް އަހުރެން ނުދެކެމެވެ. ބިމާބެހޭ ޤާނޫނުގެ 2 ވަނަ މާއްދާއާ ޚިލާފުކަމަށް ބުނާ ބުނުން
39ބިމާބެހޭ ޤާނޫނުގެ 2 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ: "2. ދިވެހިރާއްޖޭގައި ބިމާއި ގޯތި ދޫކޮށް ލިބިގަނެ، މިލްކުކޮށް، ވިއްކައި، ކުއްޔަށްދީ، ބޭނުންކޮށް، ގެންގުޅެ، ބިމާއި ގޯއްޗާބެހޭ އެންމެހައި މުޢާމަލާތު ކުރަންވާނީ، މިޤާނޫނު އެއްގޮތްވާ ގޮތުގެ މަތިންނެވެ."
40މިނުކުތާއ ގުޅިގެނާ އިސްތިއުނާފުކުރާ ފަރާތުން ފާހަގަކޮށްފައިވަނީ ކައުންސިލުން ކުރި ހުރިހާ ކަމަކީ ބިމާބެހޭ ޤާނޫނާ އެއްގޮތަށް ކުރިކަންތައްތަކެއ ކަމަށް އެ ކައުންސިލުން ބުނެފައިވާއިރު، އެކަމަށް މައްސަލަ ނިންމުމުގައި ރިޢާޔަތްކޮށްފައިނުވާކަމަށެވެ. މިގޮތުން، ގޯތިޙަވާލުކޮށްފައިވާ ޙުސައިން ޝާކިރު ގޯއްޗަށް އެދި ފޯމެއް ހުށަނާޅާކަން އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ތަޙްޤީޤުން އެނގޭކަމަށާއި، ނަމަވެސް ގުރުއަތު ނަންބަރު 2012/135 ލިބުނުކަމަށް ކައުންސިލުން 28 ނޮވެމްބަރު 2021 ގައި ހުށަހެޅި 2 ވަނަ ބަޔާނުގެ 4 ވަނަ ނަންބަރުގައި ބުނެފައިވާ ބުނުން ފާހަގަކޮށްފައިވާކަން އެނގެއެވެ. އަދި އޭގެ އިތުރުން ގޯތި ލިބިފައިވާ ޙުސައިން ޝާކިރަކ ގޯތީ ދިނުމުގެ ޝަރުޠު ހަމަނުވާ މީހެއްކަމަށް ބުނެފައިވާކަން އެނގެއެވެ.
41ދށަ ކޯޓަށު ހުށަހެޅުން މައްސަލގައާ އޮތް އެއް ޚުޞޫމާތަކެ ޙުސައިން ޝާކިރަށ ދިން ގޯތީގެ ޞައްޙަކަމާމެދުގައި އުފައްދާ ޚުޞޫމާތެއްކަންއެނގެން އޮތްއިރު، އޭނާއަށް ގޯތި ދީފައިއޮތް އޮތުމުގެ ޞައްޙަކަން ކަށަވަރުކޮށްދިނުމަކީ ކައިންސިލުގެ ޒިންމާއެއްކަމުގައި އަހުރެން ދެކެމެވެ. ނަމަވެސް، ފާޠިމަތު ހިނދު އަބްދުލ މުޙްސިން ހުށަހެޅް ފޯމު ވީނުވީއެއް ނޭންގް،އެ ފޯމު ފެންނަންނެތްކަމަށ ބުން އޭނާގެ ފޯމަށް ދެވިފައިވާ އެންޓްރީ ނަންބަރާދިމާލުގައި ލިޔެފައިވާ އޭނާގެ ނަން ޓިޕެކުސްޖަހައި ކަނޑާލުމަށްފަހު ޙުސައިން ޝާކިރުގެ ނަން އެ ތަނުގައި ލިޔެ، ޙުސައިން ޝާކިރުއަށ ގޯއްޗެއް ދީފައިވާއިރު،އެ ގޯތި ޙުސައިން ޝާކިރަށް ދެވިފައވަނީ ޞައްޙަގޮތުގައިކަނ ކައުންސިލަށް ސާބިތުކޮށްދެވިފައި އޮތްތޯ ނުވަތަ ނެތްތޯ ދަށު ކޯޓުނ ބަލަންޖެހޭނެ ކަމަށް އަހުރެން ދެކެމެވެ. ބިމާބެހޭ ޤާނޫނުގެ 12 ވަނަ މާއްދާގެ ހ) ( އާ ޚިލާފުކަމަށް ބުނާ ބުނުން
42ބިމާބެހޭ ޤާނޫނުގެ 12 ވަނަ މާއްދާގެ )ހ(ގައި ބަޔާންކޮށްފައިވަނީ: "12. )ހ( ދިރިއުޅުމަށްޓަކައި ގެދޮރު އެޅުމަށާއި އިމާރާތްކުރުމަށް، މި ޤާނޫނުގެ 3 ވަނަ މާއްދާއާއި 4 ވަނަ މާއްދާގަ ދަށުން އެކަށައަޅާ ބިމުން، ގޯތި ދޫކުރުމަށް، އެފަހަރަކު ކަނޑައަޅާ ސަރައްޙަދަކުނ ގޯއްޗަކަށް އެދެވޭނީ، އެސަރަޙައްދަކުން ގޯތިދޫކުރްނ ހަމަޖެހިއްޖެކަމާއި، ގޯއްޗަށް އެދި ހުށަހެޅުމަށް އާންމުކޮށް އިޢުލާން ކުރުމުން، ގޯއްޗަށް އެދޭމީހާ ގޯއްޗަށް އެދޭ ފޯމް ފުރިހަމަކޮށް، ގޯތި ދޫކުރަން އިޢުލާން ކުރި އޮފީހަކަށް ހުށަހެޅުމުންނެވެ."
43މި ނުކުތާގައި ފާޠިމަތު ހިނދު ޢަބްދުލް މުޙްސިންގެފަރާތުން ފާހަގަކޮށްފައިވަނީ ޙުސައިން ޝާކިރަކ ގޯއްޗަކަށް އެދި ފޯމު ހުށަހެޅި މީހެއްނޫންކަމަށް އެންޓި-ކޮރަޕްޝަނ ކޮމިޝަނުން ކަށަވަރުކޮށްދޭކަމަށް ބުނާ ބުނުމެވެ. އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ "އަމިއްލަ ފަރާތްތަކަށް ދޭ ޖަވާބު" މި ލިޔުމަށް ބެލުމުން، ޙުސައިން ޝާކރުގެ ނަމުގައި ހުށަހަޅާފައިވާ ފޯމަކީ ފާޠިމަތު ހިނދު ޢަބްދުލް މުޙްސިން ހުށަހެޅި ފޯމު ނައްތާލުމަށްފަހ ހުށަހަޅާފައިވާ ފޯމެއްކަން ފާހަގަކޮށްފައި އޮތަތީ،އެ ފޯމަކީ ޞައްޙަ ގޮތުގައި ޙުށަހަޅާފައިވާ ފޯމެއްތޯ ނުވަތަ ނޫންތޯ ދަށުކޯޓުން ބަލާ މ ނުކުތާއާމެދު ދަށުކޯޓުން ގޮތެއް ކަނޑައަޅަންޖެހޭނެކަމަށް އަހުރެން ދެކެމެވ. ދިރިއުޅުމަށްޓަކާ ބަންޑާރަ ގޯތި ދޫކުރުމުގެ މިނިސްޓްރީ އޮފް އަރބަން ޑިވަލަޕްމަންޓްގެ ޤަވާޢިދާ ޚިލާފުކަމަށް ބުނާ ބުނުން
44HN7މ ނުކުތާއާ ގުޅިގެންފާޠިމަތާހިންދު ޢަބްދުލް މުޙްސިންގެ ފަރާތުނެތަފުސީލުގައި ބަޔާންކޮށްފައިވ ކަންކަމަށް ބަލާއިރު، ދިރިއުޅުމަށްޓަކާ ބަންޑާރަ ގޯތި ދޫކުރުމުގެ މިނިސްޓްރީ އޮފް އަރބަން ޑިވަލަޕްމަންޓްގ ޤޮވާޢިދާ ޚިލާފުކަމަށް ބުނެ އެ ޤަވާޢިދުގެ ވަކި މާއްދާއަކަށް ޙަވާލާދީފައެއްނުވެއެވެ. އަދި އެ ޤަވާޢިދާ ޚިލާފުވާގޮތެއް ބަޔާންކޮށްދީފައި އޮތްކަމަކަށް އަހުރެން ނުދެކެމެވެ. އެހެންކަމުން، މި އިސްތިއުނާފީ ނުކުތާއަކީ ބަލައިގަނެވެނ ނެތް ނުކުތާއެއްކަމުގައި އަހުރެން ދެކެމެވެ. މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 321 ވަނަ މާއްދާއާ ޚިލާފުކަމަށް ބުނާ ބުނުން
45ދަށު ކޯޓުގު ނިންމުންމަދަނީ އިޖުރާއަތގު ޤާނޫނުގެ 321 ވަނަ މާއްދާއާ ޚިލާފުކަމަށްފާޠިމަތ ހިނދު ޢަބްދުލް މުޙްސިން ބުނެފައިވީނަމަވެސް، ދަށު ކޯޓަށް ހުށަހެޅުނު މައްސަލައަކީ މަދަނީ އިޖުރާއަތުގެ ޤާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރިން ހުށަހެޅިފައި އޮތް މައްސަލައެއްކަން އެނގެން އޮތަތީ، މި އިސްތިއުނާފ ނުކުތާ ބަލައިގަންނަން ޖެހޭ ކަމަކަށް އަހުރެން ނުދެކެމެވެ. އެންޓި-ކޮރަޕޝަނ ކޮމިޝަނުން ދީފައިވާ ޖަވާބަށް ރިޢާޔަތްކުރުމެއްނެތި މައްސަލަ ނިންމާފައިވާ ކަމަށް ބުން ބުނުން
46އެންޓި -ކޮރަޕްޝަން ކޮމިޝަނުން ދީފައިވާ ޖަވާބަށް ރިޢާޔަތްކުރުމެއްނެތި ދަށު ކޯޓުނ މައްސަލަ ނިންމާފއިވަ ކަމަށާ ފާޠިމަތު ހިނދު ޢަބްދުލް މުޙްސިން ބުނެފައިވާއިރު، އެ ބުނުމަކީ ރަނގަޅު ބުނުމެއްކަމަށް އަހުރެން ދެކެމެވެ. އެހެނީ އެކަންކަމަށް ރިޢާޔަތްކުރިގޮތެއް އެ ރިޕޯޓްގައި ސަބަބާއެކު ލިޔެ ބަޔާންކޮށްފައި ނެތަތީއެވެ.
ނިންމަން ފެންނަގޮތް
47ފާޠިމަތު ހިނދު ޢަބްދުލް މުޙްސިން ގޯއްޗަށް އެދި ހުށަހެޅިކަން ކައުންސިލުގެ އިޢުތިރާފުންވެސް އެނގެން އޮތްހިނދު،ފާޠިމަތު ހިނދު ޢަބްދުލް މުޙްސިން ގޯއްޗަށް ހުށަހެޅި ފޯމަށް ވީގޮތެއް ނޭންގި ގެއްލިފައިވާކަމަށ ކައުންސިލުން ބުނެފައިވާތީ، ފާޠިމަތު ހިނދު ޢަބްދުލް މުޙްސިން ގޯއްޗަށް ހުށަހެޅ ހުށަހެޅުމުނ އޭނާއަށް ގޯއްޗެއް ލިބެން އޮތް ފުރުސަތުން އޭނާ މަޙްރޫމްވެފައ ވަނި ސީދެކައެންސިލުގ ސަބަބުންކަން އެނގެއެވެ.އަހެންކަމުން،ފާޠިމަތެ ހިނދު ޢަބްދުލް މުޙްސިނަކީ ގޯއްޗެއް ލިބުމުގެ ޝަރުޠުފުރިހަމަވާ މީހެއްތޯ ކަށަވަރުކުރުމަށްފަހު، އޭނާއަކީ ގޯއްޗެއް ލިބުމުގެ ޝަރުޠުހަމަވާ މީހެއް ނަމަ އޭނާއަށް 01 )އެކެއް( މަސްދުވަހުގެ ތެރޭގައި ގޯއްޗެއް ދިނުމަށް ކައުންސިލަށް އަންގައި އަމުރުކުރަން ފެނެއެވެ.
48އަދި ޙުސައިން ޝާކިރަށް ދޫކުރި ގޯތީގެ ޞައްޙަކަމާމެދު އުފައްދާފައިވާ ސުވާލާމެދު، ކައުންސިލުން އެ ގޯތި އޭނާއަށް ދޫކޮށްފައިވަނީ ޤާނޫނީ އިމުގެތެރެއިންކަން ކައުންސިލަށެޖަސްޓިފައިކޮށްދެވޭތޯ ނުވަތަ ނޫންތޯ ދަށު ކޯޓުން އަލުން ބަލަން އަންގަން އަހުރެންނަށް ފެނެއެވާ.އެގޮތުން،މ ޤަޟިއްޔާގައި ފާހަގަކޮށްފައިވާ ނުކުތާތަކުގެ އަލީގައި، އްކަނ އަލުން ބެލުމަށްޓަކައި، ޤާނޫނު ނަންބަރު 2010/22 )ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު( ގެ 46 ވަނަ މާއްދާގެ )ށ( ގެ ދަށުން ހުވަދުއަތޮޅު ތިނަދޫ މެޖިސްޓްރޭޓް ކޯޓަށް ތަޙުވީލުކުރަންޖެހ ކަމަށް ދެކެމެވެ.
ފަނޑިޔާރު ދީބާނާޒް ފަހުމީގެ ރައުޔު؛
49ފަނޑިޔާރު ޙުސައިން މަޒީދުގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.
އިސްތިއުނާފުކުރުމުގެ އިޖުރާއަތު ބަޔާންކޮށްދިނުން
50މި ޤަޟިއްޔާގައި ދިވެހިރާއްޖޭގެ ހައިކޯޓުން ޙުކުމް ކުރުމުން، ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގައި މި ޤަޟިއްޔ އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ ޙައްޤު މައްސަލައިގެ ޚަސްމުންނަށެ ލިބިގެންވެއެވެ. އެގޮތުން އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ މުއްދަތަކީ ދިވެހިރާއްޖޭގްހައިކޯޓުން މި ޤަޟިއްޔާގައި ޙުކުމް ކުރާ ތާރީޚުން ފެށިގެން 30 )ތިރީސް( ދުވަހެވެ.އަދި އެ މުއްދަތުގެ ތެރޭގައި ޝަރީޢަތްނިމުނުގޮތުގެ ރިޕޯޓު ޚަސްމުންނަށެ ޙަވާލުކޮށްފައިނުވާނަމ، އިސްތިއުނާފުކުރުމުގެ މުއްދަތު ގުނަން ފަށާނެ ތާރީޚަކީ ޝަރީޢަތްނިމުނުގޮތުގެ ރިޕޯޓު ޚަސްމުންނ ޙަވާލުކުރާ ތާރީޚެވެ.އެހެންނަމަވެސް ޝަރީޢަތް ނިމުނުގޮތުގެ ޚުލާސާ އަށްބިނާކޮށްވެސ އިސްތިއުނާފަށް ހުށަހެޅިދާނެއެވެ. . ޤާނޫނު ނަންބަރު 2021/32 )މަދަނީ އިޖުރާއަތުގެ ޤާނޫނު( ގެ 284 ވަނަ މާއްދާގެ )ހ( . ޤާނޫނު ނަންބަރު 2021/32 )މަދަނީ އިޖުރާއަތުގެ ޤާނޫނު( ގެ 284 ވަނަ މާއްދާގެ )ށ( . ޤާނޫނު ނަންބަރު 2021/32 )މަދަނީ އިޖުރާއަތުގެ ޤާނޫނު( ގެ 284 ވަނަ މާއްދާގެ )ނ(
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 232 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 1/2002 (ބިމާބެހޭ ޤާނޫނު) ގެ 2 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 1/2002 (ބިމާބެހޭ ޤާނޫނު) ގެ 12 ވަނަ މާއްދާގެ (ހ)
- ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 81 ވަނަ މާއްދާގެ (ހ)
- ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 321 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާ (ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރުމުގެ މުއްދަތު)
- ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 46 ވަނަ މާއްދާގެ (ށ)
- ސުޕްރީމް ކޯޓުގެ 2019/SC-A/09 (ޢިމާދު ޔޫސުފް ވ. ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް)
- ސުޕްރީމް ކޯޓުގެ 2019/SC-A/08 (ގަލްފް ކްރާފްޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ވ. އަކުއާ ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް)
- ސުޕްރީމް ކޯޓުގެ 2010/SC-A/02
- ސުޕްރީމް ކޯޓު: މަޢާނާ މުޙައްމަދު ވ. އިބްރާހީމް މުޢިއްޒު އާއި އިތުރު ހަތަރު ފަރާތެއް [2021] SC 102 (ޕެރ. 29)
ޝަރީޢަތުގެ ވީޑިއޯ
ހައިކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.