ޕޮޕް ޖޯއީ ޕްރައިވެޓް ލިމިޓެޑް ވ. މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- ސިވިލް ކޯޓު 1885/Cv-C/2018
- ފަހުގެ ތާރީޚު
- ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް
ކޯ ޓާމްސް
ޚުލާޞާ
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ޖީ.އެސް.ޓީ އާއި ޖޫރިމަނާ ހޯދުމަށް މީރާއިން ކުރި ދަޢުވާގައި ސިވިލް ކޯޓުން ޣައިރު ޙާޟިރުގައި ކުރި ޙުކުމް، ޙާޟިރުވުމުގެ އަމުރު ވަކީލަށް ނުފޮނުވައި ޢާންމުކޮށް އިޢުލާންކޮށް ކުރެވިފައިވާތީ، ޖަވާބުދާރީވުމުގެ ފުރުޞަތު ނުލިބުނުކަމަށް ބަލައި ބާޠިލުކޮށް ސިވިލް ކޯޓަށް ތަޙްވީލުކުރަންޖެހޭތޯ.
ނިންމުން
ދަށުކޯޓުގެ ނިންމުން ބާޠިލުދަށުކޯޓުގެ ޙުކުމް ބާޠިލު، އަލުން ބެލުމަށް ސިވިލް ކޯޓަށް ފޮނުވި
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 އިސްތިއުނާފުގެ ހުއްދަ ނުދިނުމަށް ހައިކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުން މުރާޖަޢާކޮށް ބާޠިލުކޮށް، ހުއްދަ ދިނުމަށް ނިންމި ސަބަބު (ޣައިރު ޙާޟިރުގައި ޙުކުމްކުރުމުގައި ކޯޓަށް މީހުން ޙާޟިރުކުރުމުގެ ޤަވާޢިދާ ޚިލާފުވުން) ހައިކޯޓުން ބިނާކުރަނީ ސުޕްރީމް ކޯޓުގެ އެ ނިންމުމުގެ މައްޗަށެވެ.
HN2 ޚަޞްމަކު ވަކީލުން އައްޔަންކޮށްފައިވާނަމަ، ޣައިރު ޙާޟިރުގައި މައްސަލަ ހިންގުމަށްޓަކައި ޙާޟިރުވުމަށް އަންގައި ޢާންމުކޮށް އިޢުލާންކުރުމުގެ ކުރިން ޙާޟިރުވުމުގެ އަމުރު ވަކީލަށް ފޮނުވަންޖެހޭނެއެވެ؛ އެގޮތަށް ނުކޮށް ޣައިރު ޙާޟިރުގައި ޙުކުމްކުރުމަކީ ކޯޓަށް މީހުން ޙާޟިރުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާޢިދާ ޚިލާފު ޢަމަލެކެވެ.
HN3 ކޯޓަށް މީހުން ޙާޟިރުކުރުމުގެ ޤަވާޢިދާ ޚިލާފަށް ޣައިރު ޙާޟިރުގައި ޙުކުމްކުރެވިގެން ޚަޞްމަކަށް ދަށުކޯޓުގައި ޖަވާބުދާރީވުމުގެ ފުރުޞަތު ނުލިބިއްޖެނަމަ، އެ ފުރުޞަތު ލިބިދެވެން އޮންނަ ގޮތަކީ ދަށުކޯޓުގެ ޙުކުމް ބާޠިލުކޮށް މައްސަލަ އަލުން ބެލުމަށް ދަށުކޯޓަށް ތަޙްވީލުކުރުމެވެ.
ވަކީލުންނާއި ފަނޑިޔާރުން
- އިސްތިއުނާފުކުރި ފަރާތުގެ ވަކީލުން
- އަޙްމަދު ޝައްފާން މުޙައްމަދު
- ޖަވާބުދާރީވި ފަރާތުގެ ވަކީލުން
- މަރްޔަމް ޔާޝާ، ޢާއިޝަތު ޔުމްނާ މުޙައްމަދު
- ބެންޗު
- ޙުސައިން މަޒީދު، މުޙައްމަދު ނިޔާޒް، ޙަސަން ޝަފީޢު
- ރިޔާސަތު
- —
- ރައުޔު ލިޔުނު ފަނޑިޔާރު
- ޙުސައިން މަޒީދު · ތާއީދުކުރެއްވީ: މުޙައްމަދު ނިޔާޒް، ޙަސަން ޝަފީޢު
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.
1ސިވިލް ކޯޓުގެ C/2018-/Cv1885 ޤަޟިއްޔާގެ ޝަރީޢަތް ނިމިފައިވަނީ 33 އޮކްޓޫބަރު 3232 ގައި ކަމަށް ވީނަމަވެސް، މައްސަލަ ނިންމާފައިވަނީ ކުންފުނީގެ ޣައިރުޙާޟިރުގައި ކަމަށްވެފައި، އިސްތިއުނާފުކުރަން ބޭނުންވާ ލިޔެކިޔުމުގެ ތެރޭގައި ހިމެނޭ ޗިޓުތައް ރިޕޯޓާ އެކު ފޯރުކޮށްދިނުމަށް ސިވިލް ކޯޓުގައި އެދިފައި ވީނަމަވެސް ރިޕޯޓުގައިވެސް ނުވަތަ އެއާ ވަކިން ވިޔަސް އެ ލިޔެކިޔުން ސިވިލް ކޯޓުން އަދ ޖެހެންދެނ ވެސް ފޯރުކޮށްދީފައި ނުވާކަމަށާއި، އެއީ ނޮވެންބަރު 3232 ގައި އެދުނު އެދުމެއްކަމަށާ އ، ހަމަ އެހެންމެ މި މައްސަލައިގައި ކަން ހިނގާފައިވާގޮތް ޙުކުމުގެ ފަހުން ސާފުވުމުނ އެކަމަށް ޙައްލެއް ދޭނެކަމުގެ ޔަޤީންކަން މީރާއިން (ބީ.ޕީ.ޓީ އޮޑިޓަށް ފަހު) އަނގަބަހުން ދީފައިވާތީ، އެއަށް ބަރޯސާވެފައިވާކަމަށާއި، އެހެން ނަމަވެސް އިސްތިއުނާފުކޮށްފައިވާ ޙުކުމު ތަންފީޛުކުރަން 3233 ވަނަ އަހަރު ފަށާފައިވާކަމަށާއި، ކުންފުނީގެ މައިގަނޑު ވިޔަފާރިތައް 3233 ގައި ހުއްޓާލާފައިވާތީ، ކުންފުނީގެ މާލީ ޙާލަތު ހުރި ގޮތުން އިސްތިއުނާފުގެ ޚަރަދުވެސް ހަމަޖެއްސެން އެއިރަކު ނެތްކަމަށް ބުނެ، އިސްތިއުނާފު ކުރުމުގެ ހުއްދައަށް އެދި 63 ޖޫން 2333 ގައި ޕޮޕް ޖޯއީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އިސްތިއުނާފު ކުރުމުގެ ހުއްދައަށް އެދި ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވާ މައްސަލައެކެވެ.
5ސިވިލް ކޯޓުގެ C/2018-/Cv1885 ޤަޟިއްޔާ އިސްތިއުނާފު ކުރުމުގެ ހުއްދައަށް އެދި ޕޮޕް ޖޯއީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން 36 ޖޫން 2333 ގައި ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައި ވާއިރު، ސިވިލް ކޯޓުގެ އެ ޤަޟިއްޔ 3232 ނޮވެންބަރުގައި ނިންމާފައިވާކަން އިސްތިއުނާފުކުރާ ފަރާތަށް އެނގުނު ނަމަވެސްއިސްތިއުނާފަށ ހުށަހަޅާފައި ނުވާކަނެއެނގެނެ އޮންނާތީ މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތުނާފްކުރުމަށް ހުށަހެޅުމުގެ ހުއްދަ ދިނުމަށް ނުފެންނަ ކަމަށް ނިންމިއެވެ.
6ހައިކޯޓަށް އިސްތިއުނާފު ކުރުމުގެ ހުއްދައަށް އެދި ހުށަހެޅި މައްސަލައާމެދު ނިންމާފައިވަނީ، ބަޔާންކުރެވުނު ސަބަބުތައް އެފަދައިން ހުރުމުން، ސިވިލް ކޯޓުގެ ނަންބަރު 1885/Cv-C/2018 ޤަޟިއްޔާ އިސްތިއުނާފު ކުރުމުގެ ހުއްދަ ދިނުމަށް ނުފެންނަ ކަމަށް، ރަޖިސްޓްރާރގެ ނިންމުން މުރް ޖަޢާ ކުރާ ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން ނިންމާކަމަށވެ. އިސްތިއުނާފުކުރުމުގެ ހުއްދައާމެދު ހައިކޯޓުގެ ފަނޑިޔާރުންގެ ނިންމުން މުރާޖަޢާކޮށް ސުޕރީމ ކޯޓުން ނިންމް ގޮތް:
3ހައިކޯޓުގެ ފަނޑިޔާރުންގެ ނިންމުމާމެދު ހިތްހަމަ ނުޖެހިގެން މިމައްސަލާގައި އިސްތިއުނާފުކުރާ ޕޮޕް ޖޯއީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން މިމައްސަލަ 35 އޮގަސްޓް 3233 ގައި ސޕްރީމު ކޯޓަށް ހުށަހަޅާފައި ވެއެވެ. އަދި އިސްތިއުނާފްކުރުމުގެ ހުއްދައާމެދު ހައިކޯޓުގެ ފަނޑިޔާރުންގެ ނިންމުން މުރާޖަޢާކޮށް ސޕްރީމު ކޯޓުގް ނަންބަރު 2022/SC-HCL/42 ނިންމުމުގައި ވަނީ އނި ން ނިވި ފަދައިންނެވެ. "އިސްވެ ބަޔާންވެ ދިޔަ ކަންކަން އެގޮތަށް ހުރުމުން، ސިވިލް ކޯޓުގެ ނަންބަރ 1885/Cv-C/2018 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް އެދި ޕޮޕް ޖޯއީ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ހުށަހެޅުމުން އިސްތިއުނާފު ކުރުމަށް ހުށަހެޅުމުގެ ހުއްދަ ނުދިނުމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވާ ނިންމުން ބަދަލުކޮށް، މިމައްސަލައަކީ އިސްތިއުނާފު ކުރުމަށް ހުއްދަ ދެންޖެހޭ މައްސަލައެއް ކަމަށް ފެންނާތީ، މިއަދުން ފެށިގެން 32 ދުވަހުގެ ތެރޭގައި އިސްތިއުނާފު ފޯމްދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމަށް ޕޮޕް ޖޯއީ ޕްރައިވެޓް ލިމިޓެޑަށް އަންގައި، މިމައްސަލަ ނިންމީއެވެ.
ސުޕްރީމް ކޯޓުގު ނިންމުމަށް ވާޞިލުވި މައިގަނޑު ސަބަބު
2. އިސްތިއުނާފްކުރުމުގެ ހުއްދައާމެދު ހައިކޯޓުގެ ފަނޑިޔާރުންގެ ނިންމުން މުރާޖަޢާކޮށް ސޕްރީމު ކޯޓުގް ނަންބަރު 2022/SC-HCL/42 ނިންމުމަށް ވާޞުލުވެފައިވާ މައިގަނޑު ސަބަބު ބަޔާންކޮށްފައިވަނީ އެ ނިންމުމުގެ 4.6.3 ގައެވެ. އޭގައިވަނީ، "ތިންވަނަ ކަމަކީ: މިމައްސަލަ ސިވި ލ ކޯޓުން ނިންމާފައިވަން ޣައިރު ޙާޟިރުގައި ކަމަށްވާއިރު، ޕޮޕް ޖޯއީ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ވަކީލުން އައްޔަން ކޮށްފައިވާކަމާއި، ޣައިރު ޙާޟިރުގައި މައްސަލަ ހިންގުމަށްޓަކައި ޙާޟިރުވާންޖެހޭ ފަރާތް ޙާޟިރުވުމަށް އަންގައި ޢާންކޮށ އިޢުލާން ކުރުމުގެ ކުރިން، ޙާޟިރުވުމުގެ އަމުރު ވަކީލަށް ފޮނުވަން ޖެހޭކަމާއި، ދީފައިވާ އެޑްރެހަށް އަމުރު ފޮނުވައިގެން އަމުރު ރައްދުވެފައި ނުވާކަން ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން އެނގެންނެތް ކަމާއި، ވަކީލުން ތަނާޒުލވެފައިވާނަމަ އެކަންވެސް ޙުކުމުން ނުވަތު ރިޕޯޓާއެކުގައިވާ ލިޔުންތަކުން އެނގެންނެތްކަން ފާހަގަކުރެވޭކަމާއި، މިކަމުގައި ކޯޓުން ޢަމަލުކޮށްފައިވަނީ ކޯޓަށް މީހުން ޙާޟިރުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާޢިދުގެ 32 ވަނަ މާއްދާއާއި ޚިލާފަށްކަން ފާހަގަކުރެވޭ ކަމެވެ ". މިފަދައިންނެވެ.
އިސްތިއުނާފީ ނުކުތާތައް
3. ސިވިލް ކޯޓުގެ ނަންބަރު C/2018-Cv/1885 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް އެދި ޕޮޕް ޖޯއގީ ފަރާތނު 02 (ދޭއް) ނުކުތާ ހުށަހަޅާ ފައިވެއެވެ. އެގޮތުން ހުށަހަޅާފައިވާ ނުކުތާތައް ތިރީގައި މިވަނީއެވެ. ފުރަތަމަ ނުކުތާ އަކީ: ޣައިރު ޙާޟިރުގައި ޙުކުމް ކުރުމުގައި އިޖުރާއީއުނިކަމެއް އޮތް ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ. ދެވަނަ ނުކުތާ އަކީ: ސިވިލް ކޯޓުގެ ނިންމުން ބިނާވެގެންވަނީ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއިން ހުށަހެޅި ދޮގު، ނުވަތަ ޙަޤީޤަތާ ޚިލާފު ލިޔުމެއްގެ މައްޗަށް ކަމުގައިވުން، އަދި މޯލްޑިވްސ އިންލަންޑް ރެވެނިއު އޮތޯރިޓީއިން ޤަބޫލުކޮށްފައިވާ ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ. ތިންވަނަ ނުކުތާ އަކީ: ޤާނޫނއަސާސީގު 13 ވަނަ މާއްދާއިން ލިބި ދޭ އަސާސީ ޙައްޤުން މަޙްރޫމްވެފައިވާ ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.
އިސްތިއުނާފުކުރާ ފަރާތުން އެދޭ ގޮތް
32އިސްތިއުނާފުކުރާ ފަރާތުން އެދެނީ، ސްޕްރީމް ކޯޓުގެ އެޓޯލް ބެންޑް ވ. މޫސާ ޢަބްދުއްރަޙީމް [2021] SC 41 ޤަޟިއްޔާގައިވާ އުޞޫލުތައް ތަޠުބީޤު ކޮށް، ސިވިލް ކޯޓުގެ ނަންބަރު 1885/Cv-C/2018 ޤަޟިއްޔާގެ ޙުކުމް ޝަރުޠަކާ ނުލައި އެއްފަރާތް ކުރައްވައި، ސުޕްރީމް ކޯޓުގު އެޓޯލް ބެންޑް ވ. މޫސާ ޢަބްދުއްރަޙީމް [2021] SC 41 ޤަޟިއްޔާގައިވާ ފަދައިން، އޭގައވި ކަންކަމަށް ރިޢާޔަތްކޮށް، މި މައްސަލަ މައުޟޫޢީ ގޮތުން ބެލުމަށް ސިވިލް ކޯޓަށް ތަޙްވީލުކޮށް ދިނުމަށެވެ. އިސްތިއުނާފު ރައްދުވާ ފަރާތުން ދައްކާފައިވާ ވާހަކަތަކާއި އެދޭގޮތް
33މި މައްސަލައިގައި އިސްތިއުނާފު ރައްދުވާ ފަރާތުން މައިގަނޑު ގޮތެއްގައި ބުނެފައިވަނީ މިމައްސަލައިގައި ޣައިރު ޙާޟިރުގައި ޙުކުމް ކުރެވިފައިވަނީ ކޯޓަށް މީހުން ޙާޟިރުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާއިދުގެ 32 ވަނަ މާއްދާއާ ޚިލާފަށް ކަމަށް ސޕްރީމު ކޯޓުން ނިންމެވި ނަމަވެސް ސުޕްރީމް ކޯޓުން މިމައްސަލައިގައި އެފަދަ ޙާލަތުގައި މުއްދަތު ގުނާނެ ގޮތަކަށް ރިޢާޔަތް ކުރައްވާފައި ނެތްކަމާއި، މިފަދަ ޙާލަތްތަކުގައި ސުޕްރީމް ކޯޓުގެ ނަންބަރު 2018/SC-A/52 ޤަޟިއްޔާ (އަޙްމަދު ނާޒިމް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް) މިމައްސަލާގައިވެސް ކަނޑައަޅުއްވާފައިވ އުޞޫލަކާ ޣައިރު ޙާޟިރުގައި ޙުކުމް ކުރާ ޙާލަތުގައި އެކަން އެނގިގެންދާ ހިސާބުން ފެށިގެން މުއްދަތު ގުނަން ފެށިގނެ ދިޔުން ކމަށަ ވެ. ސިވިލް ކޯޓު މަރުޙަލާގައި ޣައިރު ޙާޟިރުގައި ޙުކުމްކުރުމުގެ ކުރިން ކޯޓަށް މީހުން ޙާޟިރުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާއިދުގެ 32 ވަނަ މާއްދާއާ އެއްގޮތަށް ޢަމަލު ކޮށްފައި ވާފައިވާކަން ކަށަވަރުކުރެވިފައިނުވި ނަމަވެސް، އިސްތިއުނާފުކުރާ ފަރާތުން ހައިކޯޓަށް މި މައްސަލަ 32 ޖޫން 3233 ގ އ އިސްތިއުނާފި ކޮށްފައިވަނީ ސޕްރީމު ކޯޓުގް ނަންބަރު 2018/SC-A/52 ޤަޟިއްޔާގައި ކަނޑައަޅާފައިވާ ޣައިރު ޙާޟިރުގައި ކުރެވޭ ޙުކުމްތަކުގެ މުއްދަތު ގުނުމުގެ އުޞޫލާ ޚިލާފަށް ކަމުން މި މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވަނީ މުއްދަތުން ބޭރުން ކަމަށް ކަނޑައަޅައި މި މައްސަލައިގެ އިސްތިއުނާފު ފޯމް ބާޠިލް ކަމަށް ކަނޑައަޅައިދިނުން އެދޭކަމަށެވެ.
33. މީގެ އިތުރުން އިސްތިއުނާފުކުރާ ފަރާތުން މި މައްސަލަ ހުށަހަޅާފައިވަނީ ސޕްރީމު ކޯޓުގް ނަންބަރު 2018/SC-A/52 ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުޞޫލާ އެއްގޮތްވާގޮތުގެ މަތިން އިސްތިއުނާފު ކުރުމުގެ މުއްދަތުގެ ތެރޭގައި ކަމަށް ފަނޑިޔާރުން ނިންމާ ޙާލަތެއްގައި، މީރާއިން އެދެނީ ސިވިލް ކޯޓުގެ ނަންބަރު 1885/Cv-C/2018 ޤަޟިއްޔާއަށް ބަދަލެއް ގެންނަންޖެހޭ ފަދަ ތަނެއް ނެތް ކަމަށާއި، ސިވިލް ކޯޓަށް ތަޙުވީލު ކުރަންޖެހޭ ފަދަ ޙާލަތެއް އުފަނވް ފައިނުވ ކަމަށާ ކަނޑައަޅައިދިނުނެ ކަމަށެވެ.
ޝަރީޢަތުން ރޢި ޔަތްކުރެވުނު ގޮތާ
32. މި މައްސަލައަކީ އިސްތިއުނާފްކުރުމުގެ ހުއްދަ ދޭންނުޖެހޭކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގައި މި މައްސަލަ މުރާޖަޢާކުރާ ފަނޑިޔާރުން ނިންމާފައިވާ ނިންމުން، މުރާޖަޢާކޮށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2022/SC-HCL/42 ނިންމުމުން، ހައިކޯޓުގެ ނިންމުން ބާޠިލުކޮށް މި މައްސަލަ ހައިކޯޓުން ބަލައިގަތުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނިންމާފައިވާތީ ހައިކޯޓުން ބަލައިގަތް މައްސަލައެކެވެ.
31. އިސްތިއުނާފްކުރުމުގެ ހުއްދަ ދޭންނުޖެހޭކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގައި މި މައްސަލަ މުރާޖަޢާ ކުރި ފަނޑިޔާރުން ނިންމާފައިވާ ނިންމުމުގައި، އެނިންމުން ބިނާކޮށްފައިވާ ސަބަބަކީ ސިވިލް ކޯޓުން މި މައްސަލަ ނިންމާފައިވާކަން 3232 ނޮވެންބަރު މަހުގައި ޕޮޕް ޖޯއީ ޕްރައިވެޓް ލިމިޓެޑަށް އެނގިފައިވާއިރު، މަޤުބޫލު ސަބަބެއްނެތި އިސްތިއުނާފީ މުއްދަތުގެ ތެރޭގައި ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައި ނުވުމެވެ. ނަމަވެސް ހައިކޯޓުގެ ނިންމުން ބާޠިލުކޮށް މި މައްސަލަ ހައިކޯޓުން ބަލައިގަތުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނިންމާފައިވާ ނިންމމުގައިވަނު ތަފާތު ސަބަބެކެވެ. އެ ސަބަބު ބަޔާންކޮށްފައިވަނީ އެ ނިންމުގެ 4.6.3 ގައެވެ. އޭގައިވަނީ، މިމައްސަލަ ސިވިލް ކޯޓުން ނިންމާފައިވަނީ ޣައިރު ޙާޟިރުގައި ކަމަށްވާއިރު، ޕޮޕް ޖޯއީ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ވަކީލުން އައްޔަން ކޮށްފައިވާކަމާއި، ޣައިރު ޙާޟިރުގައި މައްސަލަ ހިންގުމަށްޓަކައި ޙާޟިރުވާންޖެހޭ ފަރާތް ޙާޟިރުވުމަށް އަންގައި ޢާންކޮށ އިޢުލާން ކުރުމުގެ ކުރިން، ޙާޟިރުވުމުގެ އަމުރު ވަކީލަށް ފޮނުވަން ޖެހޭކަމާއި، ދީފައިވާ އެޑްރެހަށް އަމުރު ފޮނުވައިގެން އަމުރު ރައްދުވެފައި ނުވާކަން ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން އެނގެންނެތް ކަމާއި، ވަކީލުން ތަނާޒުލުވެފައިވާނަމަ އެކަންވެސް ޙުކުމުން ނުވަތަ ރިޕޯޓާއެކުގައިވާ ލިޔުންތަކުން އެނގެންނެތްކަން ފާހަގަކުރެވޭކަމާއި، މިކަމުގައި ކޯޓުން ޢަމަލުކޮށްފައިވަނީ ކޯޓަށް މީހުން ޙާޟިރުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވއިދުގާ32 ވަނަ މާއްދާއަޚިލާފަށްކަން ފާހަގަކުރެވޭ ކަމެށވ.
35އެހެންކަމުން ޕޮޕް ޖޯއީ ޕްރައިވެޓް ލިމިޓެޑަށް ސިވިލް ކޯޓުގައި ޖަވާބުދާރީވުމުގެ ފުރުޞަތު ނުލިބިދިޔައީ ކޯޓަށް މީހުން ޙާޟިރުކުރުމުގައި ޢަމަލުކުރާނެ ގޮތުގު ޤަވާޢިދުގެ 32 ވަނަ މާއްދާއާ ޚިލާފަށް ސިވިލް ކޯޓުން އަމަލުކޮށްފައިވާތީކަން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އެ ނިންމުމުން އެނގެއެވެ. އަދި ޕޮޕް ޖޯއީ ޕްރައިވެޓް ލިމިޓެޑަށް ސިވިލް ކޯޓުގައި ޖަވާބުދާރީވުމުގެ ފުރުޞަތު ލިބިދެވެން އޮންނާނެ ގޮތަކީ ސިވިލް ކޯޓަށް މި މައްސަލަ ތަޙްވީލުކޮށްގެންނެވެ.
ނިންމަން ފެންނަގޮތް
36ސިވިލް ކޯޓުގެ ނަންބަރ 1885/Cv-C/2018 ޤަޟިއްޔާގެ ޙުކުމަ ބާޠިލްކޮށް، ދިވެހިރާއްޖޭގެ ސޕްރީމު ކޯޓުގެ ނަންބަރު 2022/SC-HCL/42 ނިންމމުގައު ކަނޑައަޅާފައިވި ފަދައިނު މައްސަލް ބެލުމަށްޓަކައި ޤާނޫނު ނަންބަރު 3232/33 (ދިވެހިރާއްޖޭގ ކޯޓުތަކުގެ ޤާނޫނު) ގެ 16 ވަނަ މާއްދާގެ (ށ) ގެ ދަށުން ސިވިލް ކޯޓަށް މި މައްސަލަ ތަޙްވީލުކުރަން އަހުރެންނަށް ފެނެއެވެ.
ފަނޑިޔާރު މުޙައްމަދު ނިޔާޒްގެ ރައުޔު؛
33.ފަނޑިޔާރު ޙުސައިން މަޒީދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ފަނޑިޔާރު ޙަސަން ޝަފީޢުގެ ރައުޔު؛
32.ފަނޑިޔާރު ޙުސައިން މަޒީދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
އިސްތިއުނާފުކުރުމުގެ އިޖުރާއަތު ބަޔާންކޮށްދިނުން
33. މި ޤަޟިއްޔާގައި ދިވެހިރާއްޖޭގެ ހައިކޯޓުން ޙުކުމް ކުރުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ ޙައްޤު މައްސަލައިގެ ޚަސްމުންނަށް ލިބިގެންވެއެވެ. އެގޮތުން އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ މުއްދަތަކީ ދިވެހިރާއްޖޭގެ ހައިކޯޓުން މި ޤަޟިއްޔާގައި ޙުކުމް ކުރާ ތާރީޚުން ފެށިގެން 22 (ތިރީސް) ދުވަހެވެ. އަދި އެ މުއްދަތުގެ ތެރޭގައި ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ޚަސްމުންނަށް ޙަވާލުކޮށްފައިނުވާނަމަ، އިސްތިއުނާފުކުރުމުގެ މުއްދަތު ގުނަން ފަށާނެ ތާރީޚަކީ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ޚަސްމުންނާ ޙަވާލުކުރާ 13 12 ތާރީޚެވެ. އެހެންނަމަވެސް ޝަރީޢަތް ނިމުނުގޮތުގެ ޚުލާސާ އަށް ބިނާކޮށްވެސް އިސްތިއުނާފަށް ހުށަހެޅިދާނެއެވެ. ޙުކުމް: ދެންފަހެ، އިސްވެ ފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު ކަންކަން އެގޮތުގެ މަތިން ހުރުމުން، ސިވިލް ކޯޓުގެ ނަންބަރ 1885/Cv-C/2018 ޤަޟިއްޔާގެ ޙުކުމް މި މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން ބާޠިލްކޮށް، ދިވެހިރާއްޖޭގެ ސޕްރީމު ކޯޓުގް ނަންބަރު 2022/SC-HCL/42 ނިންމުމުގައި ކަނޑައަޅާފައިވާ ފަދައިން މައްސަލަ ބެލުމަށްޓަކައި ޤާނޫނު ނަންބަރު 3232/33 (ދިވެހިރާއްޖޭގ ކޯޓުތަކުގެ ޤާނޫނު) ގެ 16 ވަނަ މާއްދާގެ (ށ) ގެ ދަށުން ސިވިލް ކޯޓަށް މި މައްސަލަ . ޤާނޫނު ނަންބަރު 3233/23 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 321 ވަނަ މާއްދާގެ (ހ) . ޤާނޫނު ނަންބަރު 3233/23 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 321 ވަނަ މާއްދާގެ (ށ) . ޤާނޫނު ނަންބަރު 3233/23 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 321 ވަނަ މާއްދާގެ (ނ)
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ކޯޓަށް މީހުން ޙާޟިރުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާޢިދުގެ 32 ވަނަ މާއްދާ (ލިޔުމުގައިވާ ގޮތަށް)
- ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 16 ވަނަ މާއްދާގެ (ށ) (ލިޔުމުގައިވާ ގޮތަށް؛ 46 (ށ) ކަމަށް ބެލެވޭ)
- ޤާނޫނު ނަންބަރު 32/2020 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 321 ވަނަ މާއްދާގެ (ހ)، (ށ)، (ނ) (ލިޔުމުގައިވާ ގޮތަށް؛ ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރުމުގެ މުއްދަތު)
- ސުޕްރީމް ކޯޓުގެ ނިންމުން 2022/SC-HCL/42 (އިސްތިއުނާފުގެ ހުއްދައާ ބެހޭ ހައިކޯޓުގެ ނިންމުން މުރާޖަޢާކުރި ނިންމުން)
- ހައިކޯޓުގެ ނަންބަރު IH/2022/31-HC (އިސްތިއުނާފުގެ ހުއްދަ ނުދިނުމަށް ނިންމި ނިންމުން)
ޝަރީޢަތުގެ ވީޑިއޯ
ހައިކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.