ޙަސަން އަޙްމަދު (ސޭވް ދަ ބީޗް) ވ. ސެއިލްފިސް ވ. މާލޭ ސިޓީ ކައުންސިލް
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- ސިވިލް ކޯޓު 133/Cv-C/2021
- ފަހުގެ ތާރީޚު
- ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް
ކޯ ޓާމްސް
ޚުލާޞާ
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- މާލެ ސިޓީ ކައުންސިލްގެ ޢަމަލުން ތަންފީޛު ނުކުރެވުނު މުއްދަތަށް އެއްބަސްވުމުގެ މުއްދަތު (7 އަހަރު) އިތުރުކޮށްދެވެން ނެތްކަމަށް ސިވިލް ކޯޓުން ނިންމީ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 20 ވަނަ މާއްދާއާއި އެއްބަސްވުމާ ޚިލާފަށްތޯއާއި، ތިންވަނަ ފަރާތެއްގެ ކޮންޓްރެކްޓަރަށް ދެއްކި އައިޑަލް ޗާރޖަށް ކައުންސިލް ޒިންމާނުކުރުވީ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާއާ ޚިލާފަށްތޯ؛ އަދި އެއްބަސްވުން ފްރަސްޓްރޭޓްވެފައިވޭތޯ.
ނިންމުން
ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައިއިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ޙުކުމް ޤާއިމް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 ޑޮކްޓްރިން އޮފް ފްރަސްޓްރޭޝަން ތަރައްޤީވެފައިވަނީ އެއްބަސްވުމެއް އުފެދުނު ޙާލަތްތައް ބަދަލުވުމުން އެ އެއްބަސްވުން އޭގެ އަސްލު ސިފައިގައި ދެމެހެއްޓުމަކީ ބޭއިންސާފަށް މަގުފަހިވާ ޙާލަތްތަކުގައި، ވަޢުދުތައް ތުނޑުން ތުނޑަށް ފުރިހަމަކުރަންޖެހުމުގެ ހަރުކަށިކަން ލުއިކުރުމަށެވެ؛ މި ޑޮކްޓްރިންގެ ތަޢުރީފު ސުޕްރީމް ކޯޓުގެ 2013/SC-A/34 ޤަޟިއްޔާގައި ދީފައިވެއެވެ.
HN2 ކޮންޓްރެކްޓެއް ފްރަސްޓްރޭޓްވުމުގެ އާންމު ހަމަތައް ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 19 ވަނަ މާއްދާގެ (ނ) އާއި 22 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާއިރު، 22 (ހ) ތަޠުބީޤުވުމަށް (1) މެދުވެރިވި ޙާލަތަކީ ކޮންޓްރެކްޓްކުރިއިރު ބައިވެރިން ހީނުކުރާފަދަ ޙާލަތަކަށްވުމާއި (2) އެ ޙާލަތުގެ ސަބަބުން ލާޒިމުކުރާ ކަމެއް ކުރުމަކީ ވެވެންނެތް ކަމަކަށްވުން ފުރިހަމަވާންޖެހޭނެއެވެ؛ އަގު ބޮޑުވުމާއި ބައިވެރިއެއްގެ އިހުމާލު ނުވަތަ އަމިއްލަ ކުށުން މެދުވެރިވާ ޙާލަތު ފްރަސްޓްރޭޝަނެއް ކަމަށް ނުބެލެވޭނެކަން 22 ވަނަ މާއްދާގެ (ށ) އަދި (ނ) އިން އެނގެއެވެ.
HN3 ފްރަސްޓްރޭޝަން ބެލުމުގައި ތަޠުބީޤުކުރާނީ 2013/SC-A/34 ގައި އިނގިރޭސި ކޮމަން ލޯއަށް ރިޢާޔަތްކޮށް ތަޠުބީޤުކުރި މަލްޓި-ފެކްޓޯރިއަލް ހަމައެވެ؛ މީގައި ކޮންޓްރެކްޓުގެ މާއްދާތަކާއި ވަށައިގެންވާ ޙާލަތާއި، ބައިވެރިންނަށް އެނގިފައިވާ ކަންކަމާއި، އުންމީދުކުރި ކަންކަމާއި، ފަހުން ކުރިމަތިވި ކަމުގެ ޠަބީޢަތަށް ރިޢާޔަތްކުރެވެއެވެ.
HN4 ދެ ފަރާތަށް އެއްބަސްވުމުގެ މާއްދާތައް އިޞްލާޙުކުރުމަށް ކޯޓުން އެންގުމަކީ ލާޒިމުކުރާ ނިންމުމެއް ނޫން، ދެފަރާތަށް ލިބިދެވޭ އިޚްތިޔާރެއް ކަމަށްވާތީ، އިޞްލާޙު ނުކުރުމުން ދެފަރާތުގެ ނިޔަތަކީ މާއްދާތައް އޮތްގޮތަށް ދެމެހެއްޓުން ކަމަށް ބެލެވެއެވެ؛ އަދި އެއްބަސްވުމުގެ ތަރަހައިގެ ތެރެއިން ކައުންސިލުން ފަހުން ހުއްދަ ދީފައިވާއިރު، ކައުންސިލުން އެއްބަސްވުން ނިމުމަކަށް ގެނައުމަކީ ހީނުކުރާފަދަ ޙާލަތެއް ނޫނުކަމުން އެއްބަސްވުން ފްރަސްޓްރޭޓްވެ 'ޢަމަލުކުރެވެން ނެތް' އެއްބަސްވުމަކަށް ނުވެއެވެ.
HN5 އެއްބަސްވުމުގައި މުއްދަތު އިތުރުކުރުމަށް (އިންވެސްޓްމަންޓް ބަލައި ދެފަރާތުން އެސެސްކުރުމުގެ) ވަކި އިޖުރާއަތެއް ކަނޑައަޅާފައިވާއިރު، އެ އިޖުރާއަތު ފުރިހަމަކޮށްފައިނުވާ ޙާލަތުގައި، އަދި މުއްދަތު އިތުރުކުރުމަކީ ބައިވެރިންގެ އިޚްތިޔާރުގައިވާ ކަމަކަށްވާއިރު، ކޯޓުން މުއްދަތު އިތުރުކޮށްނުދިނުމަކީ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 20 ވަނަ މާއްދާއާ ޚިލާފު ކަމެއް ނޫނެވެ؛ އަދި މުއްދަތު އިތުރުކުރުމުގެ ފަރުވާ ނުދެވޭތީ ގެއްލުމުގެ ބަދަލަށް ވަކި ދަޢުވާއެއް ކުރުމުގެ ޙައްޤު ކަނޑައަޅައިދިނުމަކީ އެދުނު ފަރުވާގެ ތެރެއިން ދެވޭ ފަރުވާއެކެވެ.
HN6 އެއްބަސްވުމެއްގެ މައިގަނޑު މަޤްޞަދު ބަލާނީ އެއްބަސްވުމުގެ އަސާސީ އިލްތިޒާމަށާއި ސްޓްރަކްޗަރަށް ބަލައިގެންނެވެ؛ ސާފުކުރުމުގެ އެއްބަސްވުމެއްގައި ވިޔަފާރި ހިންގުމުގެ ޙައްޤު ލިބިދީފައިވަނީ ސާނަވީ ކަމެއްގެ ގޮތުގައި ކަމަށްވާނަމަ، އެއީ އެއްބަސްވުމުގެ މައި މަޤްޞަދުގެ ތެރެއިން ނޫނެވެ.
HN7 ކޮންޓްރެކްޓާ ޚިލާފުވުމުން ދެވޭ ބަދަލުގެ މަޤްޞަދަކީ ކޮންޓްރެކްޓަށް ފުރިހަމައަށް ޢަމަލުކުރިނަމަ ޚިލާފުނުވާ ފަރާތް ހުންނާނެ މާލީ މަޤާމާ ގާތަށް ގެންގޮސްދިނުން (އެކްސްޕެކްޓޭޝަން ޑެމޭޖަސް) ކަމަށް 2019/SC-A/85 ގައިވާއިރު، ބަދަލު ލިބިދެވޭނީ ޚިލާފުވުމާއި، ގެއްލުމާއި، ބަދަލުދެވޭ ބާވަތުގެ ޚިލާފުވުމާއި، ޚިލާފުވުމާއި ގެއްލުމާ ދެމެދު ގުޅުން (2020/SC-A/28) ސާބިތުވެގެންނެވެ؛ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 23 (ހ) އާއި (ށ)(1) ގެ ދަށުން ބަދަލުދޭންޖެހޭނީ ޚިލާފުވުމުގެ ސަބަބުން ސީދާ ލިބޭ ގެއްލުމަށެވެ.
HN8 ތިންވަނަ ފަރާތަކާއެކު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ދައްކަންޖެހުނު ޗާރޖެއް (އައިޑަލް ޗާރޖް) ގެއްލުމުގެ ގޮތުގައި ހޯދަން އެދޭނަމަ، އެ ޗާރޖު އެ ފަރާތުގެ މައްޗަށް ލާޒިމުވާކަން ދައްކައިދޭ އެއްބަސްވުމާއި، އެއީ ޚުޞޫމާތު އުފެދުނު އެއްބަސްވުމުގެ ދަށުން ވުޖޫދުވި ސީދާ ގެއްލުމެއްކަން ސާބިތުކުރަންޖެހޭނެއެވެ؛ އެކަން ސާބިތުނުވާނަމަ އަނެއް ފަރާތް އެއަށް ޒިންމާނުކުރުވުމަކީ 23 ވަނަ މާއްދާއާ ޚިލާފެއް ނޫނެވެ.
ވަކީލުންނާއި ފަނޑިޔާރުން
- ޖަވާބުދާރީވި ފަރާތުގެ ވަކީލުން
- ޑރ. މުޙައްމަދު ޖަމީލް އަޙްމަދު، ޢަބްދުﷲ ޢަލީ، އަބްދްﷲ ޝިޔާޒް، އަލީ ނަސީރ، )ސުލްތާން ޗެމްބަރސް(
- ބެންޗު
- ޙުޒައިފާ މުޙައްމަދު، ޙަސަން ޝަފީޢު، ދީބާނާޒް ފަހުމީ
- ރިޔާސަތު
- —
- ރައުޔު ލިޔުނު ފަނޑިޔާރު
- ޙުޒައިފާ މުޙައްމަދު · ތާއީދުކުރެއްވީ: ޙަސަން ޝަފީޢު، ދީބާނާޒް ފަހުމީ
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.
ފަނޑިޔާރު ޙުޒައިފާ މުޙައްމަދުގެ ރައުޔު
މައްސަލައިގެ ތަޢާރަފު
1މިއީ ސިވިލް ކޯޓުގ ނަންބަރު 133/Cv-C/2021 ޤަޟިއްޔާއެ ކޯޓުން ނިންމާފައިވަނީ ޝަރުޢީ ނުވަތް ޤާނޫނަ ހަމަތަކާއި ޚިލާފަށްކަމަށް ބުނެ އެ ޤަޟިއްޔާ އިސްތިއުނާފުކުރުމަށް އެދޭ ޙަސަން އަޙްމަދު )ސޭވް ދަ ބީޗް( )ރަޖިސްޓރ ނަންބަރު SP-0414/2015()މ ގެ ފަހުން "އިސްތިއުނާފުކުރާ ފަރާތް" ނުވަތަ "ސޭވް ދަ ބީޗް"( ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބަލާފައިވާ ޤަޟިއްޔާއެވެ.
2މ ޤަޟިއްޔާގައި އިސްތިއުނާފި ރައްދުވަނީ މާލީ ސިޓީކައުންސިލް )މީގެ ފަހުން "އިސްތިއުނާފ ރައްދުވު ފަރާތް" ނުވަތަ "މާލީ ސިޓީ ކައުންސިލް" ( ގެ މައްޗަށެވެ.
މައްސަލައިގައި ކަންހިނގާފައިވާގޮތް
3ވިލިނގިލިބީޗް ސަރަހައްދާއި، ފަޅުތެރެ، ޖެޓީ ސަރަހައްދު، ހޭޅިފަށް އަދި ބަނދަރުމަތި ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތް ކުރުމަށް މާލެ ސިޓީ ކައުންސިލްއާއިސޭވް ދަ ބީޗްއ ދެމެދާ އެއްބަސްވުމެއްވެ، )މީގެ ފަހުން "އެއްބަސްވުން"( މި އެއްބަސްވުމުގައ 23 އޮކްޓބަރޯ 2012 ގައި ސޮއިކުރެވުނެވެ.
4މި އެއްބަސްވުމުގި ދަށނު ސޭވް ދަ ބީޗްގެ ފަރާތުން ކުރުމަށް އެއްބަސްވެފައިވަނީ އަންނަނިވ މަސައްކަތްތަކެވެ.
4.1. ވިލިނގިލީގެ ވަށައިގެންވާ ބީޗް ސަރަހައްދު ރާޅު ޖަހާ ފަށުނ ފެށިގެން ހޭޅިފަށާ ޖެހެންދެންދުވާލަކު އެއްފަހަރު ސާފުކޮށް ބެލެހެއްޓުން. އަދި ނެގޭ ކުނި ބުނިތައ ކުން އުކާލަން ޖެހޭ ސަރަހައްދަށ އުކާލުނ އެއްބަސްވުމުގެ 2.1 ވަނަ މާއްދާ
4.2. ވްލނގިލި ވަށައިގެންވާ ފަޅުތެރެ ހަފްތާއަކު އެއްފަހަރު ކުނި ނަގާ އަދިނެގޭ ކުނިތައ ޖަމާކޮށް ކުން އުކލަންޖެހޭ ސަރަހައްދަށް އުކާލުނ
4.3. ވިލިނގިލީގެ ހ ބަރް ސަރަހައްދުގައ އުފެދި ކުނިތައް ހަފްތާއަކު އެއްފަހަރު ނަގައި، ސާފުކޮށް، ޖަމާކުރެވޭ ކުނިތައް އުކާލަންޖެހޭ ސަރަހައްދަށް އުކާލުނ
4.4. ވިލިނގިލި ވަށައިގެންވާ އުރަފަށުގައ އުފެދި އަދި ޖަމާކުރެވޭ ކުނިތައް މަހަކު އެއްފަހަރު ނެގުން، އަދި ނެގޭ ކުނިތައ ކުން އުކާލަންޖެހޭ ސަރަހައްދަށް އުކާލުނ
4.5. ވިލިނގިލީގެ ވަށައިގެންވާ ހޭޅިފަށުގެ ހ އަޅާފައިވާ ތަންތަނުގައި، މޫދުކައިރީގައ ހެދި ގަސްތައް އިންދައި ހޭޅިފަށް އާލާކުރުނ
5މި އެއްބަސްވުމުގެ މުއްދަތަކީ 01 ނޮވެމްބަރ 2012 އިން ފެށިގެން 10 )ދިހައެއް( އަހަރު ދުވަހެވެ.
6މ އެއްބަސްވުމުގި ދަށުން ސޭވް ދަ ބީޗްއަށ މަސައްކަތްކުރުމަށް ދޭ ސަރަހައްދުގައ )އެއްބަސްވުމުގެ ޖަދުވަލު 2ގައި ބަޔާންކޮށްފައިވާ ސަރަހައްދުގައ( ޤާނޫނާއި ގަވާއިދު ހުއްދަކުރާ ވިޔަފާރިއެއް ހިންގުމުގެ ޙައްޤު އެ ފަރާތަށް ދީ، އެތަނުގައި ހިންގާ ވިޔަފޭރއަކ ގުޅިގެނާ ކަމާބެހޭ ފަރާތްތަކުން ހޯދަންޖެހޭ ހުއްދަތައް ސޭވް ދަ ބީޗްގެ އަމިއްލަ ޚަރަދުގައި ހޯދުމަށް އެ ފަރާތުން އެއްބަސްވެފައިވެއެވެ.
7މ ދެ ފަރާތް ދެމެދު ޚުޞޫމާތެއް އުފެދި، ސޭވް ދަ ބީޗްއިނ ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅާފައިވާކަން އެނގެއެވެ. އެ މައްސަލަ ބަލާފައިވަނީ އެ ކޯޓުގެ ނަންބަރ 156/Cv-C/2014 ޤަޟިއްޔާއިންނެވެ. އެ މައްސަލަ ސޭވް ދަ ބީޗްގެ ފަރާތުން ހުށަހަޅާފައިވަނީ ދެ ފަރާތް ދެމެދު 23 އޮކްޓޯބަރު 2012ގައި ސޮއިކޮށްފައިވާ އެއްބަސްވުން މާލެ ސިޓީ ކައުންސިލްގެ ފަރާތުން 23 ސެޕްޓެމްބަރު 2013ގައި ދިވެހިރާއްޖޭގެ ކޮންޓްރެކްޓާބެހޭ ޤާނޫނާއި ޚިލާފަށްބާޠިލުކޮށްފައިވާކަމަށ ބުނެއެވެ. އެއްބަސްވުމުގެ 3 ވަނަ މާއްދާގެ )ހ( އެއްބަސްވުމުގެ 5.2 ވަނަ މާއްދާ ސިވިލް ކޯޓަށް ހުށަހަޅާފައިވާ ލިޔެކިޔުންތަކުގެ ތެރޭގައި ހިމަނާފައިވާ ސިވިލް ކޯޓުގެ ނަންބަރު 156/Cv-C/2014 ޤަޟިއްޔާގެ ޙުކުމް
8މި ޤަޟިއްޔާ ނިންމާފައިވަނީ ސޭވް ދަ ބީޗްއާއި މާލެ ސިޓީ ކައުންސިލްއާ ދެމެދު ވެފައިވާ އެއްބަސްވުން ބާޠިލުނުވާކަމަށް ކަނޑައަޅައި، މި އެއްބަސްވުމަށް ބަދަލެއް ގެނެވިދާނެކަން އެއްބަސްވުމުގައ ބަޔާންކޮށްފައިވާތީއާއި، ސޭވް ދަ ބީޗްގެ ފަރާތުން އެދެނީ އެއްބަސްވުމުގ 5.3 ވަނަ މާއްދާއާއި 11 ވަނީ މާއްދާގަ )ށ( އާއި )ޅ( އިޞްލާޙުކުރުމަށްފަހު އެއްބަސްވުން އުވާނުލާ ދަމަހައްޓައިދިނުމަށްކަން އެނގެންއޮތަތ، ސޭވް ދަ ބީޗްގެ ފަރާތުން މި މާއްދާތައް އިޞްލާޙުކުރަން އެދޭނަމަ މާލެ ސިޓީ ކައުންސިލުން އެކަމަށް އިޢުތިރާޟް ނެތްކަން އެ ފަރާތުންޝަރީޢަތުގައި ބުނެފައިވާތީ، އެއްބަސްވުމުގ
5.3 ވަނަ މާއްދާއާއި 11 ވަން މާއްދާގަ )ށ( އާއި )ޅ( ދެ ފަރާތަށް އެންމެ މަޞްލަޙަތު ރަނގަޅުގޮތަކަށް އިޞްލާޙުކުރުމަށް ދެ ފަރާތަށް އަންގައެވެ.
9އެއަށްފަހު، އެއްބަސްވުމުގެ 5.2 އަދި 5.3 ވޭނ މާއްދާގަ ދަށުން އެ ބިމުގައި ކޮރަލް ފަރމިންގ ފެސިލިޓީއެއް ޤާއިމުކުރުމަށްޓަކައި، ބިމުގައި ކުރަންޖެހޭ އިމާރާތް ޑިޒައިންކޮށް، ކުރެހުންފާސްކުރުމަށް މާލެ ސިޓީ ކައުންސިލް އަށް ހުށަހެޅުމުން، ކޮރަލް ފަރމިންގ ފެސިލިޓީ ބްލޮކް A )ވިލިނގިލި ބީޗް އޭރިއާ(، ކޮރަލް ފަރމިންގ ފެސިލިޓީ ބްލޮކް B )ވިލިނގިލި ބީޗް އޭރިއާ( އަދި ކޮރަލް ފަރމިންގ ފެސިލިޓީ ބްލޮކް C )ވިލިނގިލި ބީޗް އޭރިއާ( އިމާރާތްކުރުމުގެ ހުއްދަ މާލެ ސިޓީ ކައުންސިލްއިން 18 ޖޫން 2020ގައި ދީފައިވެއެވެ.
10މާލެ ސިޓީ ކައުންސިލްއިން ބަލަންޖެހޭ ކަންތައްތަކެއް ހުރުމާއި ގުޅިގެން، އެކަންކަން ބަލައި ވަކި ގޮތެއް އަންގަންދެން، ސޭވް ދަ ބީޗްއަށް ދޫކޮށްފައިވާ ކޮރަލް ފަރމިންގ ފެސިލިޓީ ބްލޮކް A,B,C މާ ތިން ބްލޮކްގައި އިމރާތ ކުރުމަށް ދީފައިވާ އިމާރާތް ކުރުމުގެ ހުއްދަތަކާއި ގުޅިގެން އެއްވެސް މަސައްކަތެއް ސިވިލް ކޯޓުގެ ނަންބަރު 156/Cv-C/2014 ޤަޟިއްޔާގެ ޙުކުމް މާލެ ސިޓީ ކައުންސިލްގެ އިދާރާގެ ނަންބަރު B5/IK/2020/77-L1 "މާލެ ސިޓީގައި ޢިމާރާތްކުރުމުގެ ހުއްދަ" އާއި، ނަންބަރު B5/IK/2020/78-L1 "މާލެ ސިޓީގައި ޢިމާރާތްކުރުމުގެ ހުއްދަ" އާއި ނަންބަރު L1-B5/IK/2020/79 "މާލެ ސިޓީގައި ޢިމާރާތްކުރުމުގެ ހުއްދަ" ނުކުރުމަށް 13 ސެޕްޓެމްބަރ 2020ގައި މާލެ ސިޓީ ކައުންސިލްއިން ސޭވް ދަ ބީޗްއަށް އަންގާފައިވެއެވެ.
11ވިލިނގިލި ގޮނޑުދޮށް، ފަޅުތެރެ، ޖެޓީ ސަރަހައްދުގެ ހޭޅިފަށް އަދި ބަނދަރުމަތި ސާފުކޮށް ބެލެހެއްޓުމަށްޓަކައި ބިޑަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން ބިޑް ކާމިޔާބުކޮށްފައިވާ ސޭވްދަ ބީޗއާއް މާލެ ސިޓީ ކައުންސިލްގެ އިދާރާއާ ދެމެދު 23 އޮކްޓޫބަރު 2012 ގައި 10 )ދިހައެއް( އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއިކޮށް، އެ އެއްބަސްވުމުގެ 5 ވަނަ މާއްދާގެ ދަށުން ސޭވް ދަބީޗާއަށް ލިބިފައިވާ ޙައްޤުގެ ދަށުންސޭވް ދަ ބީޗއަށް ދޫކޮށްފައިވާތަނުގއަ ކޮރަލް ފަރމިންގ ފެސިލިޓީއެއް ތަރައްޤީކުރުމަށް ބޮޑު ޚަރަދުތަކެއްކޮށް، ކޮންޓްރެކްޓަރަކާއި މަސައްކަތް ހަވާލުކޮށް އެ މަސައްކަތް ފަށާފައިވަނިކޮށް، އެއްވެސް ޤާނޫނީ އަސާސެއް ނެތި މަސައްކަތް ހުއްޓުވާފައިވާތީ، އެއީ ކޮންޓްރެކްޓާބެހޭ ޤާނޫނާއި ދެފަރާތުން ވެފައިވާ އެއްބަސްވުމާ ޚިލާފަށްމާލެ ސިޓީ ކައުންސިލްގެ އިދާރާއިން ކޮށްފައިވާ ކަމެއްކަމުގައި ކަނޑައަޅައި، specific performance ގެ އުޞޫލުން ދެފަރާތުގެ ދެމެދު ވެފައިވާ އެއްބަސްވުމަށް ޢަމަލުކުރުމަށް މާލެ ސިޓީ ކައުންސިލްގެ އިދާރާގެ މައްޗަށް އަމުރުކޮށްދިނުމަށާއި، ގެއްލުމުގެ ބަދަލު ހޯދުމަށް އެދި ޙަސަން އަޙްމަދު)ސޭވދަ ބީޗް( ގެ ފަރާތުން މާލެ ސިޓީ ކައުންސިލްއަށް ރައްދުވާގޮތަށް ސިވިލް ކޯޓގައު ދަޢުވި ކުރިއެވެ. މި މައްސަލަ ސިވިލް ކޯޓުން ބަލާފައިވަނީ އެ ކޯޓުގ ނަންބަރ 133/Cv-C/2021 ޤަޟިއްޔާއިންނެވެ.
12މި ދަޢުވާގައި، ސޭވް ދަ ބީޗްގެ ފަރާތުން އެދިފައިވަނީ،
12.1. މަސައްކަތް ހުއްޓުވުމުގެ ސަބަބުން އައިޑިއަލް ޗާރޖަސްގެ ގޮތުގައި މައްސަލަ ހުށަހެޅި ތާރީޚާއި ހަމައަށް އަރާފައިވާ -/91,200ރ) ނުވަދިހ އެއްހާސް ދުއިސައްތަ ރުފިޔާ ( ހޯދުމަށާއި، މާލެ ސިޓީ ކައުންސިލްގެ އިދާރާގެ ނޯޓު ނަންބަރު B5/INDIV/2020/304-(MISL)425 ސިވިލް ކޯޓުގެ ނަންބަރު 133/Cv-C/2021 ޤަޟިއްޔާގެ "ޝަރީޢަތް ނިމުނުގޮތް" ގެ "ދަޢުވާގެ ޚުލާޞާ"
12.2. ތަނުގެ ފެން ބިލާއި ކަރަންޓް ބިލަށް ދަޢުވާ ހުށަހެޅުމާއި ހަމައަށް އަރާފައިވާ -/13,192.18ރ )ތޭރަހާސް އެއްސަތޭކަ ނުވަދިހަ ދޭއް ރުފިޔާ އަށާރަ ލާރި ( ހޯދުމަށާއި،
12.3. އެއްބަސްވުމުގެ 4 ވަނަ މާއްދާގެ )ހ( ގެ ދަށުން ދަޢުވާ ހުށަހެޅި ތާރީޚާއި ހަމައަށް ލިބެންޖެހޭ ފައިސާ ހޯދުމަށާއި،
12.4. އެއްބަސްވުމުގެ މުއްދަތުގެ ތެރެއިން 07 )ހަތެއް( އަހަރު އިތުރު ކޮށްދިނުން ނުވަތަ ގެއްލުމުގެ ބަދަލު ހޯދުމަށް ވަކި ދަޢުވާއެއް ކުރުމުގެ ޙައްޤު އޮތްކަން ކަނޑައަޅައިދިނުމަށާއި،
12.5. އެއްބަސްވުމާއި އެއްގޮތަށް ޢަމަލުކުރުމަށާއި، އެއްބަސްވުމުގެ ދަށުން ދަޢުވާލިބޭ ފަރާތަށް ލިބިފައިވަ އެއްވެސ ޙައްޤަކަށް އެއްބަސްވުމާއި އެއްގޮތަށް ނޫނީ ހުރަސް ނޭޅުމަށާއި، އެއްބަސްވުނ ހެޔޮނިޔަތުގައި ތަންފީޒުކުރުމަށް އެއްބަސްވުމާއި އެއްގޮތަށް ކުރަންޖެހޭ އެންމެހައި ކަންކަން ކުރުމަށް ދަޢުވާލިބޭ ފަރާތަށް އަމުރުކޮށްދިނުމަށެވެ.
13ދަޢުވާގެޖަވާބުގައި މާލެ ސިޓީ ކައުންސިލްއިން ބުނެފައިވަނީ އެ މައްސަލައަކީ، ދެ ފަރާތުގެ ދެމެދު ޚުޞޫމާތު އުފެދިފައިވާ ބިން މާލެ ސިޓީ ކައުންސިލްގެ ނަންބަރ -CB/1/2012/155(JUL)425 އިޢުލާނުނ ބިޑް ހުށަހެޅުމަށް ކުރެވުނު އިޢުލާނާއި ޚިލާފަށް ސޭވް ދަ ބީޗްއާ ޙަވާލުކޮށްފައިވާކަމަށް އެންޓި ކޮރަޕްޝަނ ކޮމިޝަނުން އެންގުމާއި ގުޅިގެން ދެ ފަރާތް ދެމެދު ވެފައިވާ އެއްބަސްވުން މާލެ ސިޓީ ކައުންސިލްއިން ބާޠިލުކޮށްފައިވަނިކޮށް އެ މައްސަލަ ސިވިލް ކުޓުށް ހުށަހަޅައި، ދެ ފަރާތް ދެމެދު ވެފައވި އެއްބަސްވުމުގާ މާއްދާތަކަށް ބަދަލުގެނައމަށ ސިވިލް ކޯޓުގް ނަންބަރ 156/Cv-C/2014 )ސޭވް ދަ ބީޗް )ޙަސަން އަޙްމަދު( ވ. މާލެ ސިޓީ ކައުންސުލްގެ އިދާރާ( ޤަޟިއްޔާގައި ކުރެވިފައިވާ ޙުކުމާއި ޚިލާފަށް އެ ބިން ސޭވް ދަ ބީޗްގެ ފަރާތުން ބޭނުންކުރަމުން ދިޔުން ހުއްޓުވާފައިވާތީ ސޭވް ދ ސިވިލް ކޯޓުގެ ނަންބަރު 133/Cv-C/2021 ޤަޟިއްޔާގެ "ޝަރީޢަތް ނިމުނުގޮތް" ގެ 1 ވަނަ ނުކުތާ ބީޗްގެ ފަރާތުން ކޮށްފައިވާ ދަޢުވާއެއް ކަމަށާއި، އެ ފަރާތުން އެދޭ އެންމެހައި ކަންކަމަށް އިންކާރުކުރާކަމުގައެވެ.
ސިވިލް ކޯޓުން މައްސަލަ ނިންމގޮތި
14މި މައްސަލަ ސިވިލް ކޯޓުން ނިންމާފައިވަނީ އަންނަނިވި ފަދައިންނެވެ.
14.1. މާލެ ސިޓީ ކައުންސިލްގެ އިދާރާގެ ނަންބަރު -B5/INDIV/2020/304(MISL)425 )13 ސެޕްޓެންބަރު 2020( ސިޓީއިން އަންގާފައިވާ އެންގުމަކީ ދެފަރާތުގެ ދެމެދު ވެފައިވާ އެއްބަސްވުމާ ޚިލާފަށް އަންގާފައިވާ އެންގުމެއކަން
14.2. ދެފަރާތުގެ ދެމެދު ވެފައިވާ އެއްބަސްވުން 31 އޮކްޓޫބަރު 2022 ގައި ހަމަވެފައިވާތީ، އެއްބަސްވުމާ އެއްގޮތަށް ޢަމަލުކުރުމަށް މާލޭ ސިޓީ ކައުންސިލްގެ އިދާރާއަށް އަންގާނެ ތަނެއް ނެތްކަން
14.3. އެއްބަސްވުމަށް އެއްވެސް ބަދަލެއް ގެނެވޭނީ ދެފަރާތުގެ ދެމެދު ލިޔުމުން ވެވޭ އެއްބަސްވުމަކުންކަން އެ އެއްބަސްވުމުން އެނގެން އޮތަތީ އާއި އެއްބަސްވުމުގެ މުއްދަތު އިތުރުކުރުމަކީ އެ އެއްބަސްވުމުގެ ބައިވެރިންގެ އިޙްތިޔާރުގައި އޮތްކަމެއްކަމުގައި ވީހިނދު، ސޭވް ދަބީޗްގ ފަރާތުން އެދިފައިވާގޮތަށް އެއްބަސްވުމުގެ މުއްދަތަށް 07 )ހަތެއް( އަހަރު އިތުރުކުރަން އަންގާނެ ތަނެއް ނެތްކަން
14.4. މަސައްކަތް ހުއްޓުވުމުގެ ސަބަބުން އައިޑަލް ޗާރޖަސްގެ ގޮތުގައި މައްސަލަ ހުށަހެޅި ތާރީޚާއި ހަމައަށް އަރާފައިވާ -/91,200ރ) ނުވަދިހ އެއްހާސް ދުއިސައްތަ ރުފިޔާ( އަކީ ސޭވް ދަ ބީޗް އަށް މާލެ ސިޓީ ކައުންސިލްއިން ދޭންޖެހޭ ފައިސާއެއްކަން ސާބިތުނުވާކަން
14.5. ތަނުގެ ފެން ބިލާއި ކަރަންޓް ބިލަށް ދަޢުވާ ހުށަހެޅުމާއި ހަމައަށް -/13,192.18ރ )ތޭރަހާސް އެއްސަތޭކަ ނުވަދިހަ ދޭއް ރުފިޔާ އަށާރަ ލާރި( އަކީ ސޭވް ދަ ބީޗްއަށް މާލެ ސިޓީ ކައުންސިލްއިން ދޭންޖެހޭ ފައިސާއެއްކަން ސާބިތުނުވާކަން ސިވިލް ކޯޓުގެ ނަންބަރު 133/Cv-C/2021 ޤަޟިއްޔާގެ "ޝަރީޢަތް ނިމުނުގޮތް" ގެ 3 ވަނަ ނުކުތާ
14.6. މަސައްކަތުގެ އަގު ހޯދުމަށް ފޮނުވާފައިވާ 08 )އަށެއް( އިންވޮއިސްތަކަށްވ އެކު ޖުމްލަ -/20,000ރ.) ވިހިހާސް ރުފިޔާ( އަކީ ސޭވް ދަ ބީޗްއަށް މާލެ ސިޓީކައުންސިލއިން ދޭންޖެހޭ ފައިސާކަން ސާބިތުވާކަން
14.7. ސޭވް ދަބީޗް އާއި މާލެ ސިޓީކައުންސިލްއާ ދެމެދު ވެފައިވާ އެއްބަސްވުމާ މާލެ ސިޓީ ކައުންސިލްއިން ޚިލާފުވުމުގެ ސަބަބުންސޭ ވ ދަބީޗއަށް ގެއްލުމެއް ލިބިފައިވާކަމަށް ޤަބޫލުކުރެވޭނަމަ އެ ގެއްލުމުގެ ބަދަލުހޯދުމަށ ވަކި ދަޢުވާއެއް ކުރުމުގެ ޙައްޤު ސޭވް ދަ ބީޗްއަށް ލިބިގެންވާކަން އިސްތިއުނާފުކުރުމަށް ހުށަހެޅި ނުކުތާތައް
15ސިވިލް ކޯޓުގެ ނަންބަރ 133/Cv-C/2021 ޤްޟިއްޔާއ ގުޅިގެނާ އެ ކޯޓުން ނިންމާފައިވާ ގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއެއްގޮތް ނުވާކަމަށް ބުނެ އެ ނިންމުންއިސްތިއުނާފުކުރުމަށ އެދް ސެވ ދަ ބީޗްގ ފަރާތުނ 2 )ދޭއް( ނުކުތާ ހުށަހަޅާފައިވެއެވެ. އެގޮތުން ހުށަހަޅާފައިވާ ނުކުތާތަކަކީ؛
15.1. "ވިލިނގިލި ބީޗް ސަރަހައްދާއި، ފަޅުތެރެ، ޖެޓީ ސަރަހައްދު، ހޭޅިފަށް އަދި ބަނދަރުމަތި ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތް ކުރުމަށް ވެވޭ އެއްބަސްވުން"ގެ ނަމުގައި 23 އޮކްޓޯބަރު 2012ގައި އިސްތިއުނާފުކުރާ ފަރާތާއި އިސްތިއުނާފު ރައްދުވާ ފަރާތާއި ދެމެދު ވެފައިވާ އެއްބަސްވުމުން އިސްތިއުނާފު ރައްދުވު ފަރާތުގާ އިހުމާލުން ތަންފީޒު ނުކުރެވިވ މުއްދަތާ ތަންފީޒުކޮށް ދެވެން ނެތްކަމަށް ސިވިލް ކޯޓުން ކަނޑައަޅާފައިވަނީ ޤާނޫނު ނަންބަރ 91/4 )ކޮންޓްރކްޓާއިބެހޭ ޤާނޫނު( )މީގެ ފަހުން "ކޮންޓްރެކްޓާބެހޭ ޤާނޫނު"( ގ 20 ވަނަ މާއްދާއާއި، އިސްވެ ޙަވާލާދެވުނު އެއްބަސްވުމުގ 3 ވަނަ މާއްދާގެ )ހ( އާއި )ރ( އާއި 5.3 ވަނަ މާއްދާ އަދި މުޅި އެއްބަސްވުމުގެ މަގްސަދާއި ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާއާއި،
15.2. އިސްތިއުނާފުކުރާ ފަރާތުން ކުރަމުން އައި މަސައްކަތް އެއްބަސްވުމާއި ޚިލާފަށް އިސްތިއުނާފު ރައްދުވާ ފަރާތުން ހުއްޓުވާލާފައިވުމުން އިސްތިއުނާފުކުރާ ފަރާތުން ކޮންޓްރެކްޓަރަށް ދައްކަންޖެހުނު 91,200ރ.) ނުވަދިހ އެއްހާސް ދުއިސައްތަ ރުފިޔާ( އަށް އިސްތިއުނާފު ރައްދުވާ ފަރާތް ޒިންމާކުރުވާފައިނުވަނ ޤާނޫނީ ނަންބަރު 91/4 )ކޮންޓްރެކްޓާބެހޭ ޤާނޫނު( ގެ 23 ވަނަ މާއްދާގެ )ހ( އާއި އެ މާއްދާގެ )ށ(ގ 1 ވަނަ ނަންބަރާއި ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
16ފުރަތަމަ އިސްތިއުނާފީ ނުކުތުގެ ތަފްސީލުގައި އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވަނާ ދީ ފަރާތެ ދެމެދް ވެފައިވާ އެއްބަސްވުން ވެފައިވަނީ 01 ނޮވެމްބަރު 2012 އިން ފެށިގެން 10 )ދިހައެއް( އަހަރު ދުވަހުގެ މުއްދަތަށްކަނ އެއްބަސްވުމުގް 3 ވަނަ މާއްދާގެ )ހ( އިން އެނގެންއޮތްނަމަވެސް، އެއްބަސްވުމުގެ މުއްދަތު ހަމަވުމުގެ ކުރިން އިސްތިއުނާފުކުރާ ފަރާތުން ކޮށްފައިވާ އިންވެސްޓްމެންޓަށް ބަލައި އ އިންވެސްމެންޓް ދެ ފަރާތުން އެސެސްކުރުމަށްފަހު އެއްބަސްވުމުގެ މުއްދަތަށް 05 )ފަހެއް( އަހަރު އިތުރު ކުރެވޭނެކަން އެއްބަސްވުމުގ 3 ވަނަ މާއްދާގެ )ރ( ގައި ބަޔާންކުރާކަމުގައެވެ.
17މ މައްސަލައިގައި ކަނި ހިނގާފައިވާގޮތުން ފެންނަ ޙަޤީޤަތަކީ އިސްތިއުނާފު ރައްދުވާ ފަރާތުން އެއްބަސްވުމާއި ޚިލާފުވެ، އެއްބަސްވުން ތަންފީޒުކުރުމަށް ގަސްދުގައި ހުރަސްއަޅާފެއިވާ ކަމެވެ. އެހެންކަމުން، އެއްބަސްވުން އޭގެ ޒާތެގައި ތަންފީޒުނުކުރެވިވާ މުއްދަތަށް ތަންފީޒުކުރުމަކީ އެއްބަސްވުމުގ މުއްދަތު އިތުރުކުރުން ނޫންކަމާއި، އެއީ އެއްބަސްވުމުގ 3 ވަނަ މާއްދާގައި ބަޔާންކުރާ އަސްލު ކުލީގެ މުއްދަތަށް އެއްބަސްވުން ތަންފީޒުކުރުންކަމުގައެވެ.
18މި ނުކުތާގައި ސިވިލް ކޯޓުން ބުނެފައިވަނީ އެއްބަސްވުމަށް ބަދަލުގެނެވޭގޮތް އެއްބަސްވުމުގެ 11 ވަނަ މާއްދާގެ )ފ( އިން އަދ 3 ވަން މާއްދާގަ )ރ( އިން އެނގެންއޮތްއިރު، އެއްބަސްވުމުގެ މުއްދަތު އިތުރުކުރުމަކީ އެ އެއްބަސްވުމުގެ ބައިވެރިންގެ އިޚްތިޔާރުގައި އޮތްކަމެއ ކަމުގައިވާތީ، އިސްތިއުނާފުކުރ ފަރާތުން އެދޭ ފަރުވާ ދެވެން ނެތްކަމުގައެވެ.
19މިއީ ގޯސް މާނަކުރުމެއްކަމަށާއި، އެއީ އެއްބަސްވުމުގެ މުއްދަތު ހަމަވެގެން މުއްދަތު އިތުރުކުރުމާއި، އެއްބަސްވުމުގެ މުއްދަތުން ތަންފީޒު ނުކުރެވޭ މުއްދަތު ތަންފީޒުކުރުމަކީ ތަފާތު ދެ ކަމަކަށްވާތީކަމަށާއި، އަދި އެއްބަސްވުމުގ 3 ވުނ މާއްދާގަ )ހ( އޮތް ގޮތުން، އެއްބަސްވުން ތަންފީޒު ނުކުރެވިވ މުއްދަތާ ތަންފީޒުކޮށް ދިނުމަށް ހުރަސްއަޅާ ޤާނޫނީ އެއްވެސް އަސާސެއް ނެތްކަމުގައެވެ.
20ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 20 ވަން މާއްދާގަ )ހ( އަށް ބަލާއިރު، މި މައްސަލައިގެ ސާބިތުވާ ޙަޤީޤަތަކީ އެއްބަސްވުން ތަންފީޒުކުރުމަށް ސިވިލް ކޯޓުން ކުރި އަމުރަށް ދެކޮޅު ހަދައި، އެއްބަސްވުމަށް ޢަމަލުކުރުމަށް އިސްތިއުނާފުކުރާ ފަރާތުން އެދުނު އެދުމަށް އިޖާބަނުދީ އެގޮތަށް ތިބެ، 10 )ދިހައެއް( އަހަރު ހޭދަވުމަކީ އެއްބަސްވުމަށް އިހތިރާމުކުރުނ ކަމަށް ނުބެލެވޭނެކަމުގައެވެ.
21ދެވަނަ އިސްތިއުނާފީ ނުކުތޭގެ ތަފްސީލުގައި އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވަނާ އިސްތިއުނާފުކުރެވ ޙުކުމުންވެސ ސާފުވާން އޮތް ޙަޤީޤަތަކީ އިސްތިއުނާފު ރައްދުވާ ފަރާތުން އެއްބަސްވުމާއި ޚިލާފުވިކަމާއި، މިގޮތުން އިސްތިއުނާފުކުރާ ފަރާތުން ތަނުގައި ތަރައްގީކުރަން ފެށި ފެސިލިޓީގެ މަސައްކަތަށް ހުރަސް އަޅައި، ކޮންސްޓްރަކްޝަންގެ މަސައްކަތް ހުއަޓުވާ ހެދިކަން ޝަރީޢަތަށް ސާބިތުވާކަމާއި، އެ ހިނދު ތަނުގައި މަސައްކަތްކުރުމަށް ކޮންޓްރެކްޓަރަކާއެކު އެއްބަސްވުމެއްވެ، ކޮންޓްރެކްޓަރާއެކު މސައްކަތ ކުރެވެމުން ދިޔަކަމާއި، އެހެންނަމަވެސް މަސައްކަތް ހުއްޓުމަށް އެންގުމުގެ ސަބަބުން ތަނުގެ މަސައްކަތް ކޮންޓްރެކްޓަރަށް ނުކުރެވި، ކޮންޓްރެކްޓަރަށް އިސްތިއުނާފުކުރާ ފަރާތުން ބަދަލުދޭންޖެހިފައިވާކަނ ދަށް ކޯޓަށް ހުށަހެޅި ލިޔެކިޔުންތަކުން އެނގޭކަމުގައެވެ.
22އިސްތިއުނާފެ ރައްދުވު ފަރާތުން މަސައްކަތް ހުއްޓުވާލުމުން، ކޮންޓްރެކްޓަރަށް ދައްކަންޖެހުނު އައިޑަލް ޗަރޖަކީ ޖޫރިމަނާއެއްކަނ ސިވިލް ކޯޓުގް ޙުކުމުން އެނގޭކަމާއި، އ ޖޫރިމަނާގެ ފައިސާ ދައްކަންޖެހޭނީ ވަކި ޝަރީޢަތެއްކޮށް އެ ޝަރީޢަތުން ނިންމާ ގޮތެއްގެމަތިން ކަމާއި، އަދި އެ ޖޫރިމަނާއަކީ އިސްތިއުނާފުކުރާ ފަރތއ އިސްތިއުނާފި ރައްދުވު ފަރާތާ ދެމެދާ ހެދިފައިވާ އެއްބަސްވުމާއި ނުބެހޭ، އިސްތިއުނާފުކުރާ ފަރާތާއި އެހެން ފަރާތަކާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ދައްކަންޖެހޭ ފައިސާއެއްކަމަށްވާތީ، އިސްތިއުނާފު ރައްދުވާ ފަރާތުން އެ ފައިސާއަށް ޒިންމާކުރުވެން ނުހެޖޭކަން ދަށު ކޯޓުން ނިންމާފައިވާއިރު، މިއީ ކޮން ޤާނޫނީ އުސޫލަކަށ ރިޢާޔަތްކޮށް ގުއިމުކޮށްފައިވާ އަސާސެއްކަމެއ ޙކުމުނ އެނގެން ނެތްކަމުގައެވެ.
23ސެފުކޮށ އެނގެން މި ޗާރޖް ދައްކަންޖެހުނު އިސްތިއުނާފީ ރައްދުވު ފަރާތުން އެއްބަސްވުމާއި ޚިލާފުވުމުގެ ސަބަބުން ކަމެވެ. އެހެންކަމުން، ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގައި އޮތް އޮތުމުގެ މައްޗަށް، ހުކުމުގެ މަބީޔަ ކ އަލުން ދަށު ކޯޓުން ބަލަންޖެހޭ ބައެއްކަމުގައި ދެކޭ ކަމުގައެވެ.
24އިސްތިއުނާފުކުރާ ފަރާތުން އެދިފައިވަނީއިސްތިއުނާފުކުރާ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި ދަޢުވާ ފމުގ 12 ވަނަ ނަންބަރު )ބ( އާ އެއްގޮތަށް ޙުކުމްކޮށްދިނުމަށާއި، ދަޢުވާ ފޯމުގެ 12 ވަނަ ނަންބަރުގެ )ނ( ގައި ބަޔާންކޮށްފައިވ 91,200ރ.)ނުވަދިހ އެއްހާސް ދުއިސައްތަ ރުފިޔާ(ގެ ބައި އަލުން ބެލުމަށްޓަކައި ސިވިލް ކޯޓަށް މައްސަލަ ތަހުވީލުކޮށްދިނުމަށާއި، އަދި މި މައްސަލައިގައި މިކޯޓަށ ފެންނަ އަދުލުވެރި ޙުކުމެއް ކޮށްދިނުމަށެވެ.
އިސްތިއުނާފީ ނުކުތާތަކުގެ ރައްދު
25ފުރަތަމަ އިސްތިއުނާފީ ނުކުތާގެ ރައްދުގައިއިސްތިއުނާފ ރައްދުވު ފަރާތުން ބުނެފައިވަނީ އެއްބަސްވުމަކީ ތަންފީޒުކުރުމަށް ހުރަސްއެޅޭގޮތަށް ހެދިފައިވާ އެއްބަސްވުމެއްކަމުގައެވެ.
26ސިވިލް ކޯޓުގެ ނަންބަރު 156/Cv-C/2014 ޤަޟިއްޔާގެ ޙުކުމާއި ގުޅިގެން ދެ ފަރާތަށް އެއްބަސްވެވޭ ޓަރމްސްތަކަކަށް އައިސްފައިނުވާތީ، އެއްބަސްވުމަށް ޢަމަލުނުކުރެވި، އެއްބަސްވުނ ފްރަސްޓްރޭޓްވެފައިވާކަމާއި، މިކަން ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 19 ވަނަ މާއްދާއާއި އަދި މި ޤާނޫނުގެ 22 ވެނ މާއްދާގަ )ހ( އިން ސާފުވާކަމާއި، މި ޤާނޫނުގެ 22 ވެނ މާއްދާގަ )ހ( ގައިވާ ކަންކަން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގް ބީ.އެމް.ސީ ޓްރާންސްޕޯޓް އެންޑް ޕްރޮޖެކްޓްސް ޕްރައިވެޓް ލިމިޓެޑް ވ ކޮރަލްގޭޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާގެ ނިންމުމުގެ 24 ވަނަ ނުކުތާއިން ފެށިގެން 31 ވަނަ ނުކުތާއަށް ބަޔާންކޮށްފައިވާކަމާއި، މި ނިންމުމުގެ 26 ވަނަ ނުކުތާގައިވަނީ "ޑޮކްޓްރިން އޮފް ފްރަސްޓްރޭޝަންއަކ ... ކޮންޓްރެކްޓްކުރިއިރު ކޮންޓްރެކްޓުގައި ބަޔާންކޮށްފައިވާ އިލްތިޒާމުތަކާއި ޙައްޤުތައް، އެ މެދުވެރިވި ޙާލަތެއްގެ ނަތީޖާއެއްގެ ގޮތުން އުފެދިފައްވާ އައު ޙާލަތުގައި އ ކޮންޓްރެކްޓްގައިވ ކަންކަނާ އަދާކުރަންޖެހޭ ގޮތް އިންތިހާއަށް ބަދަލުވެފައިވާތީވެ، އެކޮންޓްރެކްޓަށ އަމަލުކުރެވެން ނެތުމުން، އެ ކޮންޓްރެކްޓްގައިވާ އިލްތިޒާމްތައް އެ ހިސާބުން ފެށިގެން އިތުރަށް އަދާކުރުމުގެ މަސްއޫލިއްޔަތުން އެ ކޮންޓްރެކްޓިގެ ބައިވެރިން ވީއްލިގެން ދިޔުމެވި " މިފަދައިންކަމާއި، މ މައްސަލައިގައި ދެ ފަރާތް ދެމެދު ވެފައިވާ އެއްބަސްވުމަކީ ޢަމަލުކުރުމުގައި ދަތިތަކެއްހުރ އެއްބަސްވުމަކަށް ވެފައިވަނިކޮށް، އެއްބަސްވުމުގެ މުއްދަތު ހަމަވެފައިވާކަމުގައެވެ.
27ދެ ފަރާތް ދެމެދު ވެފައިވާ އެއްބަސްވުމުގެ 3 ވަނި މާއްދާގަ )ރ( ގައި ބަޔާންކޮށްފައިވަނީ އެއްބަސްވުމުގެ މުއްދަތަ ހަމަވުމުގެ ކުރިން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު މުއްދަތު އިތުރު ކުރާނެ ގޮތްކަމުގައެވެ. މ މާއްދާގެ ދަށުނ އެއްބަސްވުން އިތުރުކުރެވެނެއަންނަނީވެސް ދެ ފަރާތުން ހަދާ އެސެސްމެންޓެއް ހެދުމަށްފަހު ކަމުގައިވާތީ، މި މާއްދާގައި ބަޔާންކުރާ މުއްދަތަކީ އެއްވެސް ޝަރުޠެއްނެތި ލިބިގެންދާނެ މުއްދަތެއް ނޫންކަމުގައެވެ. ސިވިލް ކޯޓުން މުއްދަތު އިތުރުކުރެވެނީ ނެތް ކަމުގައް ކަނޑައަޅާފައިވަނީ އެއްބަސްވުމާ އެއްގޮތަށް ކަމުގައި ބަލަންޖެހޭކަމުގައެވެ.
28ދެ ފަރާތް ދެމެދު ވެފައިވާ އެއްބަސްވުމުގެ 11 ވަން މާއްދާގަ )ފ( ގައިވާ ގޮތުގެ މަތިން އެއްބަސްވުމުގެ މުއްދަތު އިތުރުކޮށްފައިނުވާކަމާއި، މި މުއްދަތު އިތުރުކުރުމަށް އިސްތިއުނާފު ރައްދުވާ ފަރާތުނ އިންކާރުކޮށްފައިވަނިކޮށް، ދެ ފަރާތް އެއްބަސްވެވޭ ގޮތަށް މުއްދަތު އިތުރު ކުރެވޭނޭކަމަށް ނުދެކޭކަމަށާއި، ސިވިލް ކޯޓުން މި މާއްދާ މާނަކޮށްފައިވަނީ ރަނގަޅަށްކަމަށް ބަލަންޖެހޭ ކަމުގައެވެ.
29މުއްދަތު ހަމަވުމުގެ ކުރިން އެތަން އިސްތިއުނާފު ރައްދުވާ ފަރާތުން ނުވަތަ ސަރުކާރުން އަތުލާނަމަ، އެތަނަށް ކޮށްފައިވާ ޚަރަދުގެ އަދުލުވެރި ބަދަލެއް ދޭންޖެހޭނެކަމުގައ އެއްބަސްވުމުގި 6 ވަނަ މާއްދާގެ )ނ( ގުއިވާއިރު، ސިވިލް ކޯޓުގެ ނަންބަރ 133/Cv-C/2021 ޤަޟިއްޔއިނާ އިސްތިއުނާފުކުރާ ފަރާތަށް ގެއްލުމެއްވެފައިވާނަމަ، ގެއްލުމުގެ ބަދަލު ހޯދުމަށް ވަކި ދަޢުވާއެއް ކުރުމުގެ ޙައްޤު ލިބިދީފައިވާކަމުގައެވެ.
30ދެވަނަ އިސްތިއުނާފީ ނުކުތާގެ ރައްދުގައި އިސްތިއުނާފު ރައްދުވާ ފަރާތުން ބުނެފައިވަނީއިސްތިއުނާފުކުރާ ފަރާތަށު ގެއްލުމެއް ލިބިފައިވާނަމަ، އެ ގެއްލުމުގެ ބަދަލު ހޯދުމުގެ ޙައްޤު އިސްތިއުނާފުކުރާ ފަރާތަށް ސިވިލް ކޯޓުގެ ނަންބަރ 133/Cv-C/2021 ޤަޟިއްޔާއިން ދީފައިވާކަމާއި، އިސްތާއުނާފުކުރާ ފަރާތާއި ކޮންޓްރެކްޓަރާއެކު ވެފައވި އެއްބަސްވުމުގެ ދަށުން އިސްތިއުނާފުކުރާފަރާތުން އަދާކުރަންޖެހޭ އިލްތިޒާމް އަދާކުރުމަކ އިސްތިއުނާފީ ރައްދުވު ފަރާތުން ކުރަންޖެހޭ ކަމެއްނޫންކަމަށާއި، އިސްތިއުނާފުރައްދުވ ފަރާތަކީ އެ ކޮންޓްރެކްޓްގެ ބައިވެރިއެއްނޫންކަމަށާއި، އެހެންކަމުން، އެ ކޮންޓްރެކްޓްގެ ދަށުން ޖޫރިމަނާގެ ފައިސާއަށް ޒިންމާވާންނުޖެހޭނެކަމުގައެވެ.
31ސިވިލް ކޯޓުގެ ނަންބަރު 133/Cv-C/2021 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ 5 ވަނަ ނަންބަރގ )ނ( ގައި އެ ފައިސާ ނަގައިދެވެންނެތ ސަބަބް ބަޔާންކޮށްފައިވާކަމުގައެވެ.
32އައިޑަލް ޗަރޖަސްއާމެދު ސިވިލް ކޯޓުން ގޮތެއް ނިންމާފައިވާތީ، އަދި އެ ނިންމުމުން އިސްތިއުނާފުކުރާ ފަރާތަށް ގެއްލުމެއް ލިބިފައިވާކަމަށްއިސްތިއުނާފުކުރާ ފަރާތަށް ފެންނަނަމަ، ސިވިލް ކޯޓަށްއެކަނ އަލުން ހުށަހެޅުމުގެ ޙައްޤު ލިބިފައިވާތީ، ސިވިލް ކޯޓަށް މި ބައި ތަހުވީލުކުރަންޖެހޭކަމަށ ނުދެކޭކަމުގައެވެ.
33އިސްތިއުނާފު ރައްދުވާ ފަރާތުން އެދިފައިވަނީ ސިވިލް ކޯޓުގެ ނަންބަރު 133/Cv-C/2021 ޤަޟިއްޔާގެ ޙުކުމް ކޮށްފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށްވާތީ، އ ޤަޟިއްޔާގެ ޙުކުމް ބާޠިލުކުރާނެ ތަނެއް ނެތް ކަމަށް ކަނޑައަޅައިދިނުމަށެވެ.
ޝަރީޢަތަށް ފާހަގަކުރެވުނު ކަންތައްތައް
34ސޭވް ދަ ބީޗްގެ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާތަކަށް ބަލާއިރު، މި މައްސަލައިގައި ޝަރީޢަތނު ގޮތް ކަނޑައަޅަންޖެހެނީ މައިގަނޑު ދެ ކަމަކާ ގުޅިގެންނެވެ. އެއީ،
34.1. ދ ފަރާތެ ދެމެދް ވެފައިވާ އެއްބަސްވުމުން އިސްތިއުނާފީ ރައްދުވު ފަރާތުގާ އިހުމާލުން ތަންފީޒުނުކުރެވިވ މުއްދަތާ ތަންފީޒުކޮށް ދެވެން ނެތްކަމަށް ސިވިލް ކޯޓުން ކަނޑައަޅާފައިވަނީ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 20 ވަނަ މާއްދާއާއި، އެއްބަސްވުމުގެ 3 ވަނަ މާއްދާގެ )ހ( އަދި )ރ( އާއި، އެއްބަސްވުމުގެ 5.3 ވަނަ މާއްދާއާއި، އަދިއެއްބަސްވުމުގެ މަގުސަދާއި ޚިލާފަށްތޯ ނުވަތަ ނޫންތޯއާއި،
34.2. ސޭވް ދަ ބީޗްގެ ފަރާތުން ކޮންޓްރެކްޓަރަށް ދައްކަންޖެހުނު -/91,200ރ) ނުވަދިހ އެއްހާސް ދުއިސައްތަ ރުފިޔާ( އަށެ މާލް ސިޓީ ކައުންސިލް ޒިންމާ ކުރުވާފައިނުވަނީ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ )ހ( އާއި އެ މާއްދާގެ )ށ( ގެ 1 ވަނަ ނަންބަރާއި ޚިލާފަށްތޯ ނުވަތަ ނޫންތޯއެވެ. ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 20 ވަނަ މާއްދާއާއި، އެއްބަސްވުމުގެ 3 ވަނަ މާއްދާގެ )ހ( އަދި )ރ( އާއި، އެއްބަސްވުމުގެ 5.3 ވަނަ މާއްދާއާއި، އަދިއެއް ބަސްވުމުގެ މަގުސަދާއި ޚިލާފުވެފައިވޭތޯ
35މ ނުކުތި ބިނާކޮށްފައިވަނީ ދަށު ކޯޓުގައި އިސްތިއުނާފުކުރާ ފަރާތުން އެދުނު އެދުމެއްގާ މައްޗަށެވެ. އެއު އިސްތިއުނާފީ ރައްދުވު ފަރާތުގާ އިހުމާލުން އެއްބަސްވުމުގެ މަންފާ ހާސިލުކުރުމަށް އިސްތިއުނާފުކުރ ފަރާތަށް މަހްރޫމަވގެން ދިޔަ 07 )ހަތެއް( އަހަރު ދުވަސް އެއްބަސްވުމުގެ މުއްދަތްގެ ތެރެއަށް އިތުރުކޮށް ދިނުމަށާ ނުވަތަ އެފަދައިން އެކަން ކރެވެނު ނެތްނަމަ، އެ މުއްދަތުގައި އެއްބަސްވުމުގެ މަންފާ ހާސިލުނުވުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލަށް ވަކި ދަޢުވާއެއްކުރުމުގެ ޙައްޤު އޮތްކަމަށް ކަނޑައަޅައި ދިނުމަށް އިސްތިއުނާފުކުރާ ފަރާތުން ދަށު ކޯޓުގައި އެދުނު އެދުމެވެ.
36މިކަމާ ގުޅިގެން ސިވިލް ކޯޓުން ނިންމާފައިވަނީ އަންނަނިވި ފަދައިންނެވެ.
36.1. ތަނުގައި މަސައްކަތް ނުކުރެވޭ ޙާލަތެއް މެދުވެރިވެއްޖެނަމަ، ޢަމަލުކުރަންޖެހޭ ގޮތް ބަޔާންކުރަނީ އެއްބަސްވުމުގ 11 ވަން މާއްދާގަ )ހ( ގައި ކަމާއި، މި މާއްދާގައި ބަޔާންކޮށްފައިވަނީ ހުއްދަ ދޭ ފަރާތުން ކުރަންޖެހޭ ކަމެއީނުކޮށ މަސައްކަތް ލަސްވާ ޙާލަތެއްގައި މުއްދަތު އިތުރު ކުރަންޖެހޭނ ކަމުގެ މައްޗަށްކަމާއި، ނަމަވެސް، ދަޢުވާގެ މައުޟޫއުގައި ބެލިގެންދާ ޚުޞޫމާތަކީ އެ މާއްދާގައި ބުނާފަދަ ޙާލަތެއް ނޫންކަމުގައިވާތީ، މި މާއްދާގެ ދަށުން މަސައްކަތް ނުކުރެވި ދިޔަ މުއްދަތު ވާރކް ޝެޑްއުލްގައިވާ މުއްދަތަށް އިތުރު ކުރުމުގައި ކަނޑައެޅެނީ ނެތްކަމާއި،
36.2. އެއްބަސްވުމުގެ މުއްދަތަކީ 1 ނޮވެމްބަރު 2012 އިން ފެށިގެން 10 )ދިހައެއް( އެހަރުކަނ އެއްބަސްވުމުގ 3 ވަނަ މާއްދާގެ )ހ( އިން އެނގެން އޮތުމުން، 31 އޮކްޓޯބަރު 2022ގައި އެއްބަސްވުމުގެ މުއްދަތު ހަމަވެފައިވާކަން އެނގޭކަމާއި،
36.3. އެއްބަސްވުމުގެ މުއްދަތު ހަމަވުމުން މުއްދަތު އިތުރުކުރުމާއި ގުޅޭ ގޮތުން އެއްބަސްވުމުގެ 3 ވަނަ މާއްދާގަ )ރ( ގައި ބަޔާންކޮށްފައިވަނީ އެއްބަސްވުމުގެ މުއްދަތު ހަމަވުމުގެ ކުރިން މަސައްކަތް ޙަވާލުކުރެވޭ ފަރާތުން ކޮށްފައިވާ އިންވެސްޓްމަންޓަށް ބަލައި އެ އިންވެސްޓްމުންޓް ދެ ފަރާތުނ އެސެސްކުރުމަށްފަހު، އެއްބަސްވުމުގެ މުއްދަތު 05 )ފަހެއް( އަހަރަށް އިތުރުކުރެވޭނެކަމުގައިވާއިރު، އެއްބަސްވުމުގެ މުއްދަތު އިތުރުކުރެވޭނީ މިފަދައިން ކަމަށާއި،
36.4. އެއްބަސްވުމާއި ޚިލާފުވެގެން، އެއްބަސްވުމުގެ މުއްދަތުން ދުވަސްތަކެއް ބޭނުންނުކުރެވި ހިނގައްޖެނަމަ، އާންމު އުސޫލަކީ އެނޫންގޮތަކަށް ސާބިތިނ ވާހާ ހިނދަކު، އެ ޚިލާފު އަމަލެއް ކުރި ސިވިލް ކޯޓަށް ހުށަހަޅާފައިވާ ދަޢުވާ ފޯމުގެ 12 ވަން ނަންބަރުގެ ދަށުން ފާހަގަކޮށްފައިވާ ކަންކަމުގެ ތެރެއިން )ބ( ގެ ގޮތުގައި އިސްތިއުނާފުކުރާ ފަރާތުން އެދޭ ގޮތް ކަމުގައި ހުށަހަޅާފައިވާ ހުށަހެޅުން މީހަކު ގެއްލުންވާ ފަރާތަށް ބަދަލުދިނުންކަމުގައިވާއިރު، އެއްބަސްވުމުގެ މުއްދަތު ހަމަވުމަށްފަހު މުއްދަތު އިތުރުކުރެވޭނެ ގޮތާއި، އަދި އެއްބަސްވުމަށް ބަދަލުގެނެވޭނ ގޮތެ އެއްބަސްވުމުގް 11 ވަނަ މާއްދާގެ )ފ( އާއި، އަދި 3 ވެނ މާއްދާގަ )ރ( އިން އެނގެން އޮތަތީ، އްއްބަސްވުމުގެ މުއްދަތު އިތުރުކުރުމަކީ އެ އެއްބަސްވުމުގެ ބައިވެރިންގެ އިޚްތިޔާރުގައި އޮތ ކަމެއްކަމުގައިވާއިރު، އެދިފައިވާ ފަދައިން އެއްބަސްވުމުގެ މުއްދަތު 07 )ހަތެއް( އަހަރަށް އިތުރުކުރެވެން ނެތްކަމާއި،
36.5. މ އެއްބަސްވުމާއި މާލެ ސިޓީ ކައުންސިލްއިން ޚިލާފުވުމުގެ ސަބަބުން ސޭވް ދަ ބީޗްއަށް ގެއްލުމެއް ލިބިފައިވާކަމަށް ޤަބޫލުކުރެވޭނަމަ، އެ ގެއްލުމުގެ ބަދަލު ހޯދުމަށް ވަކި ދަޢުވާއެއް ކުރުމުގެ ޙައްޤު ސޭވް ދަ ބީޗްއަށ ލިބިގެންވާކަމުގައެވެ.
37މ ނިންމުނި އިސްތިއުނާފުކުރަމުން އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވަނީ ދެ ފަރާތް ދެމެދު ވެފައިވާ އެއްބަސްވުމުން އިސްތިއުނާފު ރައްދުވާ ފަރާތުގެ އިހުމާލުން ތަންފީޒުނުކުރެވިވ މުއްދަތާ ތަންފީޒުކޮށް ދެވެނ ނެތްކަމަށް ސިވިލް ކޯޓުން ކަނޑައަޅާފައިވަނީ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 20 ވަނަ މާއްދާއާއި، އެއްބަސްވުމުގ 3 ވެނ މާއްދާގަ )ހ( އާއި )ރ( އާއި، އެއްބަސްވުމުގ 5.3 ވަނި މާއްދާއާއި، އަދ އެއްބަސްވުމުގެ މަގުސަދާއި ޚިލާފަށް ކަމުގައެވެ.
38މުއަށ ރައްދުދެމުން އިސްތިއުނާފު ރައްދުވާ ފަރާތުން ބުނެފައިވަނީ ސިވިލް ކޯޓުގެ ކޯޓުގެ ނަންބަރ 156/Cv-C/2014 ޤަޟިއްޔާގައި، އެއްބަސްވުމުގ 5.3 ވަނަ މާއްދާއާއި 11 ވަނަ މާއްދާގެ )ށ( އާއި )ޅ(، ދެ ފަރާތަށް އެންމެ މަޞްލަޙަތު ރަނގަޅުގޮތަކަށ އިޞްލާޙުކުރުމަށް ދެ ފަރާތަށް އަންގައި ނިންމުމަށްފަހު، ސިވިލް ކޯޓުގެ ނަންބަރ 156/Cv-C/2014 ޤަޟިއްޔާގެ ޙުކުމާއި ގުޅިގެން ދެ ފަރާތަށް އެއްބަސްވެވޭ ޓަރމްސްތަކަކަށް އައިސްފައިނުވާތީ، މ އެއްބަސްވުމަށް ޢަމަލުނުކުރެވި، އެއްބަސްވުނ ފްރަސްޓްރޭޓްވެފައިވާކަމަށް ދެކޭކަމުގައެވެ.
39HN1ޤާނޫނީ ނިޒާމުތަކުން ޤަބޫލުކުރާ އެއް ހަމައަކީ، އެއްބަސްވުމެއް އުފެދުނު ޙާލަތްތައް ބަދަލުވުމަކީ އެއްބަސްވުން ބަދަލުކުރުމަށް ޖާއިޒު ސަބަބަކަށްވެގެން ދިޔުމެވެ. މިކަން މެދުވެރިވަނީ، އެއްބަސްވުނ އޭގެ އަސްލު ސިފައިގައި ދެމެހެއްޓުމަކީ އިންސާފުން އެއްކިބާވެ، އިންސާފު ޤާއިމުކުރުމުގައި ނުބައްދަލު ނަތީޖާތަކެއް ނުކުމެދާނެ ޙާލަތްތައް ވުޖޫދުވުމެވެ. ޑޮކްޓަރިނ އޮފް ފްރަސްޓްރޭޝަން (doctrine of frustration) ތަރައްޤީވެފައިވަނީ މި ބިނާގެ މައްޗަށެވެ. މި ޑޮކްޓަރިންގެ އަސްލަކީ ކޮމަނ ލޯއަށް ނިސްބަތްވާ ނިޒާމުތަކުގައިވާ ވައުދުތައ ތުނޑުން ތުނޑަށް ފުރިހަމަކުރަންޖެހުމުގ ހަރުކަށިކަނ ލުއިކުރުމެވެ.މި ޑޮކްޓަރިންގެ މަޤްޞަދަކީ އެއްބަސްވުމެއް އޭގެ އަކުރުން އަކުރަށް ތަންފީޒކޮށްފިނަމަ، ބޭއިންސާފަށް ހުޅުވގެންދާ ދޮރު ބަންދުކުރުމެވެ.
40ޑުކްޓަރިނ އޮފް ފްރަސްޓްރޭޝަންގެ ތައުރީފު މި ނިޒާމުގައި ދެވިފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރ 2013/SC-A/34 ބީ.އެމް.ސީ ޓްރާންސްޕޯޓް އެންޑް ޕްރޮޖެކްޓްސް ޕްރައިވެޓް ލިމިޓެޑް ވ . ކޮރަލްގޭޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާއިންނެވެ. މި ޑޮކްޓަރިންއަކީ ކޮންޓްރެކްޓްކުރ އިރު ކޮންޓްރެކްޓުގެ ބައިވެރިންގެ ވިސްނުމުގައި ނެތް ކަމެއް މެދުވެރިވުމުގެ ސަބަބުން އެ ކޮންޓްރެކްޓަށް އަމަލު ކުރުމަކީ ޣައިރު ގާނޫނީ ކަމަކަށްވުމުން، ނުވަތަ މުސްތަހީލު ކަމަކަށްވުމުން ނުވަނަ ކޮންޓްރެކްޓް ކުރިއިރްކޮންޓްރެކްޓުގައި ބަޔާންކޮށްފައިވާ އިލްތިޒާމުތަކާއި ހައްގުތައް، އެ މެދުވެރިވި ހާލަތެއްގެ ނަތީޖާއެއްގެ ގޮތުނެ އުފެދިފައިވާ އައު ހާލަތުގައި އެ ކޮންޓްރެކްޓުގައިވާ ކަންކަން އަދާކުރަންޖެހޭ ގޮތް އިންތިހާއަށް ބަދަލުވެފައިވާތީވެ، އެ ކޮންޓްރެކްޓަށް އަމަލުކުރެވެން ނ ތުމުން، އެ ކޮންޓްރެކްޓުގައިވ އިލްތިޒާމުތައް އެ ހިސާބުން ފެށިގެން އިތުރަށް އަދާކުރުމުގެ މަސްއޫލިއްޔަތުން އެ ކޮންޓްރެކްޓުގެ ބައިވެރިން ވީއްލިގެން ދޔުނ ކަމުގައް މި ޤަޟިއްޔާގައި ބަޔާންކުރެއެވެ.
41މިފަދަ ކަމެއް މެދުވެރިވެދާނެ ޙާލަތްތަކަކީ، )1( ކޮންޓްރެކްޓެއް ކުރެވުނު އެއްޗެއް ހަލާކުވުން ނުވަތަ )2( ކޮންޓްރެކްޓެއް ވުމަށްފަހު ދިމާވި ނާދިރު ކަމެއްގެ ސަބަބުން އެ ކޮންޓްރެކްޓުގެ މަޤުޞަދުތައް Beatson J., Burrows A., & Cartwright J. (2020) Anson’s Law of Contract (29th ed.) Oxford University Press, page 473 ފުރިހަމަނުވުން ނުވަތަ )3( ކޮންޓްރެކްޓުގެ ބައިވެރިއެއް މަރުވުން ނުވަތަ )4( ޤާނޫނަކުން ގެނެވުނު ބަދަލަކާ ގުޅިގެން އެއްބަސްވެވުނު ކަމެއް ކުރެވެން ނެތުން ނުވަތަ ޣައިރު ޤާނޫނީވުމެވެ.
42HN2މ މަފްހޫމް ކޮންޓްރެކްޓާބެހޭ ޤާނޫނުގައި އެކަށައަޅާފައިވާ ގޮތަށް ބަލާއިރު، ކޮންޓްރެކްޓެއް ފްރަސްޓްރޭޓްވުމުގެ އާންމު ހަމަތައް ބަޔާންކުރަނީ މި ޤާނޫނުގެ 19 ވަނަ މާއްދާގެ )ނ( އާއި 22 ވަނަ މާއްދާގެ )ހ( ގައެވެ.
43ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 19 ވަނި މާއްދާގަ )ނ( ގައިވަނީ ޤާނޫނެއް ހިންގަން ޖެހުމުގެ ސަބަބުން ކޮންޓްރެކްޓްގައވާ ގޮތުގެ މަތިން ޢަމަލުކުރެވޭނިއަމުދުންނެތުމުން، ނުވަތަ ކޮންޓްރެކްޓްގެ ބައިވެރިން ހީނުކުރާ ޙާލަތެއް މެދުވެރިވެގެން ކޮންޓްރެކްޓްގައވާ ގޮތުގެ މަތިން ޢަމަލުކުރެވެންނެތުމަކީ، ޢަމަލުކޮށް ނިމިއްޖެ ކޮންޓްރެކްޓެއް ކަމުގައި ބެލެވޭނެ ޙާލަތްތަކެއް ކަމުގައެވެ. މިކަން އިތުރަށް ތަފްސީލުކޮށްފައިވަނީ މި ޤާނޫނުގެ 22 ވަނަ މާއްދާގެ )ހ( ގައެވެ.
44ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 22 ވަނަ މާއްދާގެ )ހ( ގީއިވަނެކޮންޓްރެކްޓެއްގެ ބައިވެރިން ހީނުކުރާފަދަ ޙާލަތެއް މެދުވެރިވެގެން، ނުވަތަ ޤާނޫނެއް ހިންގުމުގެ ސަބަބުން އެފަދަ ކޮންޓްރެކްޓަކުން އޭގެ ބައިވެރިންގެ މައްޗަށް ލާޒިމުކުރާ ކަމެއްކުރުމަކީ ވެވެންނެތް ކަމަކަށްވެއްޖެ ހިނދެއްގައި ބެލޭނީ، އެކޮންޓްރެކްޓ ނިމުމަކަށް ދިޔައީ ކަމުގައެވެ.
45ކޮންޓްރެކްޓާބެހޭ ގާނޫނުގެ 22 ވަނަ މާއްދާގެ )ހ( އަށް ބަލާއިރު، ކޮންޓްރެކްޓުގައިވާ ގޮތަށް އަމަލުކުރެވެނ ނެތް ކަމަށް ބެލެވޭނީ ދެ ހާލަތެއްގައި ކަން އެނގެއެވެ. އެއީ:
1. ކޮންޓްރެކްޓެއްގެ ބައިވެރިން ހީނުކުރާފަދަ ހާލަތެއް މެދުވެރިވުމުގެ ސަބަބުން އޭގެ ބައިވެރިންގެ މައްޗަށް ލާޒިމުކުރާ ކަމެއްކުރުމަކީ ވެވެންނެތް ކަމަކަށްވެއްޖެ ނަމަ، ދިވެހިރާއްޖޭ ގެ ސުޕްރީމް ކޯޓުގެ ނަންބަރ 2020/SC-A/50 )ފާސްޓް ކޮންސްޓްރަކްޝަން އެންޑް ޓްރޭޑިންގ ކޮމްޕެނީ ލިމިޓެޑް ވ. ޕޮލިސް ވެލްފެއަރ ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑް( ޤަޟިއްޔާގެ 25 ވަނަ ނުކުތާ
2. ޤާނޫނެއް ހިންގުމުގެ ސަބަބުން އެފަދަ ކޮންޓްރެކްޓަކުން އޭގެ ބައިވެރިންގެ މައްޗަށް ލާޒިމުކުރާ ކަމެއްކުރުމަކީ ވެވެންނެތް ކަމަކަށްވެއްޖެ ނަމައެވެ.
46މި މައްސަލައިގެބޭނުމަށ ފުރަތަމް ޙާލަތު ތަފްޞީލުކުރާއިރު، ކޮންޓްރެކްޓެއް ނިމުމަކަށް ގެނައުމުގެ ބޭނުމަށް އެ ޙާލަތް ތަޠުބީޤުކުރުމަށް މުހިންމުވަނ ދީ ކަމެކެވެ. އެއީ:
1. މެދުވެރިވި ޙާލަތަކީ ކޮންޓްރެކްޓް ކުރިއިރު، ކޮންޓްރެކްޓްގެ ބައިވެރިން ހީނުކުރާފަދަ ޙާލަތަކަށްވުމާއި،
2. އަދި މެދުވެރިވި ޙާލަތުގެ ސަބަބުން ކޮންޓްރެކްޓްގެ ބައިވެރިންގެ މައްޗަށް ލާޒިމުކުރާ ކަމެއް ކުރުމަކީ ވެވެނު ނެތް ކަމަކަށްވުމެވެ.
47މިކަން ތަޠުބީޤުވާފަދަ ޙާލަތަކީ ކޮބައިކަން ކޮންޓްރެކްޓާބެހޭ ޤާނޫނުގައި ބަޔާންކޮށްފައިނުވިނަމަވެސް، މިކަން ތަޠުބީޤުނުކުރެވޭނެ ޙާލަތްތައް މި ޤާނޫނުގައިބަޔާންކޮށްފައިވެއެވެ. އެއް،ކޮންޓްރެކްޓުގައިވ އިލްތިޒާމ އަދާކުރުން އަގު ބޮޑުވުމަކީ ކޮންޓްރެކްޓުގެ ބައިވެރިންގެ މައްޗަށް ލާޒިމުކުރާ ކަމެއް ކުރެވެން ނތެ ހާލަތެއް ކަމަކަށް ނުބެލެވޭނެ ކަމާއި، ކޮންޓްރެކްޓުގެ ބައިވެރިއެއްގެ އިހުމާލުން، ނުވަތަ އޭނާގެ އަމިއްލަ ކުށަކުން މެދުވެރިވްހަލަތަކާހުރެ، އެ ކޮންޓްރެކްޓަކުން އޭނާގެ މައްޗަށް ލާޒިމުކުރާ އަމަލެއް ކުރެވެންނެތީ ކަމށ ނުބެލެވޭނެކަން ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 22 ވަނަ މާއްދްގެ )ށ( އަދި )ނ( އިނ އެނގެންއޮތުމެވެ.
48HN3އިސްވެ ބަޔާންކުރެ ފަދައިން، ކޮންޓެރެކްޓާބެހޭ ޤާނޫނުގެ 22 ވަނަ މާއްދާގައިވާ ހީނުކުރާފަދަ ޙް ލްތެއ ދިމާވެގެން ކޮންޓްރެކްޓެއްގައި އެ މައްޗަށް އެއްބަސްވި ކަންކަން ވެވެން ނެތުމަކީ ކޮބައިކަން ކޮންޓްރެކްޓާބެހޭ ޤާނޫނުގައި ބަޔާންކޮށޯފައިނެތުމުން، މިފަދަ ޙާލަތެއް މެދުވެރިވެގެން ކޮންޓްރެކްޓެއް ފްރަސްޓްރޭޓްވެފައިވޭތުބެލުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރ 2013/SC-A/34 ބީ.އެމް.ސީ ޓްރާންސްޕޯޓް އެންޑް ޕްރޮޖެކްޓްސް ޕްރައިވެޓް ލިމިޓެޑް ވ. ކޮރަލްގޭޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާގައި ތަޠުބީޤުކޮށްފައިވަނީ އިނގިރޭސި ކޮމަން ލޯއަށް ރިޢާޔަތްކޮށް މަލްޓި ފެކްޓީރިއަލް ހަމައެވެ.
49މި ހަމަ ތަޠުބީޤުކުރާކުރުމުގައި،ކޮންޓްރެކްޓް ކުރު ވަގުތު، ޚާއްސަ ގޮތެއްގައި އާ މޭޢާމަލާތ ގުޅާ ރިސްކުތަކާބެހޭ ގޮތުން، ކޮންޓްރެކްޓުގައިވްމާއްދާތަކާއި، ކޮންޓްރެކްޓުގެ ވަށައިގެންވާ ހާލަތާއި، ކޮންޓްރެކްޓުގެ ބައިވެރިންނަށް އެނގިފައިވާ ކަންކަމާއި، އެފަރާތުން އެ ކޮންޓްރެކްޓުން ހާސިލުކުރަން އުއްމީދުކުރާ ކަންކަމާއި، ވާނެކަމަށް ނުވަތަ ހިނގާނެ ކަމަށް އެފަރާތްތަކުން ގަބޫލުކޮށްފައިވާ ކަންކަމާއި، ކޮންޓޭރެކްޓު ކުރިފަހުން ކުރިމަތިވި ކަމުގެ ތޮބީއަތާއި އެފަދަ ކަމެއް މެދުވެރިވުމުން އެ އައު ހާލަތުގައި ކަންކުރުމަށ ދެފަރާތުން އެކަށީގެންވާ މިންގަނޑަކުން ޔަގީންކުރެވޭނެ މްރުމަކުނ ކޮށްފައިވް އަންދާޒާތކަށ ރިޢާޔަތްކުރުން ހިމެނެއެވެ.
50HN4މިކަން މި މައްސަލއަށަ ތަޠުބީޤުކުރާއިރު، އެއްބަސްވުމުގެ 5.3 ވަނަ މާއްދާއާއި 11 ވަނަ މާއްދާގެ )ށ( އާއި )ޅ( އާ ގުޅޭ ގޮތުން ސިވިލް ކޯޓުގެ ނަންބަރ 156/Cv-C/2014 ޤަޟިއްޔާއިން ނިންމާފައިވާ ނިންމުމަކެ،ސޭވް ދަ ބީޗްގެ ފަރާތުން މި މާއްދާތައް އިޞްލާޙުކުރަން އެދޭނަމަ މާލެ ސިޓީ ކައުންސިލުން އެކަމަށް އިޢުތިރާޟއ ނެތްކަމަށް އެ ފަރާތުން ބުނެފައިވާތީ، އެއްބަސްވުމުގެ 5.3 ވަނަ މާއްދާއާއި 11 ވަނި މާއްދާގަ )ށ( އާއި )ޅ( ދެ ފަރާތަށް އެންމެ މަޞްލަޙަތު ރަނގަޅުގޮތަކަށް އިޞްލާޙުކުރުމަށެވެ. މި ނިންމުމަށް ބަލާއިރު، މިއީ ދެ ފަރާތަށް ލާޒިމުވާގޮތަށް އޮތް ނެންމުމެއްނޫނެވެ. މިއީ ދެ ފަރާތަށްވެސް ލިބިދެވޭ އިޚްތިޔާރެވެ. އަދި މި ލިބިދެވުނު އިޚްތިޔާރުގެ ތެރެއިން، އެއްބަސްވުމުގ ބަޔާންކުރަނިވި މާއްދާތައް އިޞްލާޙުކުރުމަށް މަސައްކަތްކޮށްފައިނުވާތީ، ދެފަރާތުގެވެސް ނިޔަތަކީ އ މާއްދާތައް އޮތް ގޮތަށް ދެމެހެއްޓުން ކަމުގައި ބެލެވެއެވެ. މިކަން އިތުރަށް ދިވެހިރާއްހޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-A/50 )ފާސްޓް ކޮންސްޓްރަކްޝަން އެންޑް ޓްރޭޑިންގ ކޮމްޕެނީ ލިމިޓެޑް ވ. ޕޮލިސް ވެލްފެއަރ ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑް( ޤަޟިއްޔާގައި ފާހަގަކޮށްފައިވެއެވެ.
51މިއަށް އިތުރަށް ބާރުދެނީ، ސިވިލް ކޯޓުގެ ނަންބަރު 156/Cv-C/2014 ޤަޟިއްޔާއިން މި އެއްބަސްވުން ބާޠިލުނުވާކަމަށް ކަނޑައެޅި ކަނޑައެޅުމެވެ. އަދި އެ ޤަޟިއްޔ ނިމުނުފަހުން،މި އެއްބަސްވުމުގެ ތަރަހައިގެ ތެރެއިން، މާލެ ސިޓީ ކައުންސިލްއިން 18 ޖޫން 2020 ގައި ސޭވް ދަ ބީޗްއަށް ދޫކޮށްފައިވާ ހުއްދަތަކުންނެވެ. މިކަމުން ނެރެވޭ ދޭހައަކްމާލެ ސިޓީ ކައުންސިލްއިން އެއްބަސްވުނ ނިމުމަކަށް ގެނެސްފައިވާނަމަހީވެސ އެއް މާލީ ސިޓީ ކައުންސިލްގެ ޢަމަލުތައް ހުރިގޮތުން ސޭވް ދަ ބީޗްއަށް ތަސައްވުރުކުރެވޭނޭ ކަމެއް ނޫން ކަމެވެ. މި ޙަޤީޤަތުގެ މައްޗަށް ބިނާކޮށް،މިއީ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 22 ވަނަ މާއްދާގަ )ހ(ގައިވާ ގޮތަށާ ކޮންޓްރެކްޓް ފްރަސްޓްރޭޓްވެ، "ޢަމަލުކުރެވެން ނެތް" ކޮންޓްރެކްޓަކަށް ވެފައިވާކަމަށް ނުދެކެމެވެ.
52އިސްތިއު ނާފު ރައްދުވާ ފަރާތުން އުފައްދަ ޖެދަލަށ ގޮތެއް ކަނޑައެޅުމާއިއެކު، އިސްތިއުނާފުކުރާ ފަރާތުގެ ފުރަތަމަ އިސްތިއުނާފީ ނުކުތާގެ ތެރެއިން ދެން ބަލަން މިޖެހެނީ، އެއްބަސްވުމުގ 11 ވަނަ މާއްދާގެ )ފ( އާއި، އަދ 3 ވަނަ މާއްދާގެ )ރ( އާ ޙަވާލާދީ، އެއްބަސްވުމުގެ މުއްދަތު 07 )ހަތެއް( އަހަރަށް އިތުރުކުރެވެނ ނެތްކަމަށް ސިވިލް ކޯޓުން ނިންމް ނިންމުމަކީ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 20 ވަނަ މާއްދާއާއި، އެއްބަސްވުމުގ 3 ވަނި މާއްދާގަ )ހ( އަދި)ރ( އ،އާ އެއްބަސްވުމުގެ 5.3 ވަނަ މާއްދާއާއި، އަދިއެއްބަސްވުމުގެ މަގުސަދާއި ޚިލާފަށް ނިންމާފައިވާ ނިންމުމެއްކަމަށް އިސްތިއުނާފުކުރާ ފަރާތުނ އުފައްދާ ޖަދަލަށެވެ.
53HN5އެއްބަސްވުމުގެ 3 ވަނަ މާއްދާގެ )ހ( ގައިވަނީ މި އެއްބަސްވުމުގެ މުއްދަތެވެ. އެއް 01 ނޮވެމްބަރު 2012 އިން ފެށިގެން 10 )ދިހައެއް( އަހަރު ދުވަހެވެ. މި ތާރީޚަކީ 01 ނޮވެމްބަރު 2012 އިން ފެށިގެން 31 އޮކްޓޯބަރު 2022 ގެ ނިޔަލަށެވެ. އެއްބަސްވުމުގެ 3 ވަނީ މާއްދާގަ )ރ( ގައިވަނީ، އެއްބަސްވުމުގެ މުއްދަތަކީ 10 )ދިހައެއް( އަހަރު ދުވަސްކަމަށް ވީނަމަވެސް، އެއްބަސްވުމުގެ މުއްދަތު ހަމަވުމުގެ ކުރިން މަސައްކަތް ޙަވާލު ކުރެވޭ ފަރާތުން ކޮށްފައިވާ އިންވެސްޓްމަންޓަށް ބަލައި އ އިންވެސްޓްމަންޓް ދެ ފަރާތުން އެސެސްމް ންޓެއ ކުރުމަށްފަހު އެއްބަސްވުމުގެ މުއްދަތު 05 )ފަހެއް( އަހަރަށް އިތުރުކުރެވޭނެކަމުގައެވެ.
54އިސްތިއުނާފުކުރާ ފަރާތުން ޙަވާލާދޭ އެއްބަސްވުމުގެ 5.3 ވަނަ މާއްދާގައިވަނީ އެއްބަސްވުމުގެ ދަށުން މަސައަކަތްކުރާ ފަރާތަށް ދޭ ތަނުގައި، ޤާނޫނާއި ގަވާއިދު ހުއްދަކުރާ ވިޔަފު ރއެއް ހިންގުމުގެ ޙައްޤު މަސައްކަތް ކުރާ ފަރާތަށް ލިބިގެންވާކަމުގައެވެ.
55HN6މި އެއްބަސްވުމުގި މައިގަނޑު މަޤްޞަދަށް ބަލާއިރު، އެއީ އެއްބަސްވުމުގެ ދަށުން ވިލިނގިލެބީޗް ސަރަހައްދާއި، ފަޅުތެރެ، ޖެޓީ ސަރަހައްދު، ހޭޅިފަށް އަދި ބަނދަރުމަތި ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތް، އެއްބަސްވުމުގ 2 ވަނަ މާއްދާގައިވާ ފަދައިން ސޭވް ދަ ބީޗްއިން ކުރުމެވެ. މިއީ އެއްބަސްވުމުގެ އަސާސީ އިލްތިޒާމެވެ. އެއްބަސްވުމުގެ ދަށުން މަސައްކަތްކުރާ ފަރާތަށް )ޖަދުވަލު 2 ގައި ތަފްސީލުދީފައިވާ( ތަނުގައި އެ ފަރާތަށް ވިޔަފާރިއެއް ހިންގުމުގެ ޙައްޤު ލިބިދީފައިވަނީ ސާނަވީ ކަމެއްގެ ގޮތުގައި ކަން އެއްބަސްވުމުގ ސްޓްރަކްޗަރއަށު ބެލުމުން އެނގެންއޮތްހިނދު، މަސައްކަތްކުރާ ފަރާތށަ ވިޔަފާރިއެއް ހިންގުމުގެ ފުރުޞަތްލިބިދީފައިވަނީ އެއްބަސްވުމުގެ މައިމަގްސަދުގެ ތެރެއިން ކަމުގައި ނުދެކެމެވެ.
56މި ނުކުތާއާ ގުޅޭ ސިވިލް ކޯޓުގެ ނިންމުން ކޮންޓެރެކްޓާބެހޭ ޤާނޫނުގެ 20 ވަނަ މާއްދާއާ ޚިލާފުކަމަށް އިސްތިއުނާފުކުރާ ފަރާތުން ބުނެއެވެ. ކޮންޓެކްޓާބެހޭ ޤާނޫނުގެ 20 ވާނަ މާއްދާގަ )ހ( ގައިވަނީ ކޮންޓްރެކްޓެއްގ ބައިވެރިއެއްގެ މައްޗަށް ލާޒިމުވާ ކަންތައްތައް ކުރަންވާނީ، އެކޮންޓްރެކްޓްގައިވ ޝަރުޠުތކ އެއްގޮތްވާ ގޮތުގެ މަތިންކަމާއި، މިއާޚިލާފުގޮތަކަށް ޢަމަލުކުރެވޭނީ، އެކޮންޓްރެކްޓްގެ އަނެއް ބައިވެރިޔާ، އޭނާގެ މައްޗަށް ލާޒިމުވާ ކަމަކަށް ދުލެއްދީފިނަމަ، ނުވަތަ އޭނާ ކޮންމެވެސް އެހެން ގޮތަކަށް ޢަމަލުކުރާނެ އެއްބަސްވެއްޖނަމ ކަމުގައެވެ. މި މާއްދާއަށް އިސްތިއުނާފުކުރާ ފަރާތުން ޙަވާލާދެނީ، އެއްބަސްވުމަށް ޢަމަލުކުރުމަށް މާލެ ސިޓީ ކައުންސިލްއިން އިޖާބަދީފައިނުވާކަން ބަޔާންކޮށެވެ.
57މާ އިސްތިއުނާފުގައިއިސްތިއުނާފުކުރާ ފަރާތުން ޙަވާލާދީފައިވްއެއްބަސްވުމުގްމާއްދާތަކަށ ބެލުމުން އެނގެނީ، އެއްބަސްވުމުގެ މުއްދަތު ހަމަވުމުގެ ކުރިން އެއްބަސްވުމުގެ މުއްދަތު އިތުރުކުރަން ބޭނުންވާނަމަ، އެކަމަށް ވަކި އިޖުރާއަތެއް އޮތް ކަމެވެ. ފުރަތަމަ ކަމެއްގެ ގޮތުގައި ކުރަނޭޖެހޭ ކަމަކީ، އެއްބަސްވުމުގެ މުއްދަތު ހަމަވުމުގެ ކުރިން މަސައްކަތް ޙަވާލުކުރެވެ ފަރާތުން ކޮށްފައިވާ އިންވެސްޓްމަންޓަށް ބެލުމެވެ. ދެވަނައަށް ކުރަންޖެހޭ ކަމަކީ، އެކަމަށް އެސެސްމަންޓެއް ހެދުމެވެ. މ އިޖުރާއަތު ފުރިހާމަކުރުމަށ ހުށަހެޅުމެއް ހުށްހަޅަފައިވާކަން، ނުވަތަ މި އިޖުރާއަތު ފުރިހަމަކުރުމަށް މަސއްކަތްކޮށްފައިވާކަން އެނގޭކަށްނެތެވެ.
58މ ނުކުތާއާ ގުޅިގެން އިސްތިއުނާފުކުރާ ފަރާތުން އެދުނު ދެ ގޮތުގެ ތެރެއިން، އެއް ގޮތަކީއެއްބަސްވުމުގ މުއްދަތު 07 )ހަތެއް( އެހަރު ދުވަހަށް އިތުރުކޮށްދިނުމެވެ. އެއީ އެއްބަސްވުމުގަ 11 ވަނަ މާއްދާގެ )ހ( އާ ޙަވާލާދީ އެދުނު އެދުމެކެވެ. އެ މާއްދާގައިވަނީ ހުއްދަ ދޭ ފަރާތުން ހުށަހަޅާފައިވާ ވާރކ ޝެޑިއުލާއި އެއްގޮތަށް މަސައްކަތް ކުރަމުން ދަނިކޮށް، ހުއްދަ ދޭންޖެހޭ ފަރާތުން ކުރަންޖެހޭ ކަމާއި ނުކުރުމުގެ ސަބަބުން މަސައްކަތް ލަސްވެއްޖެނަމަ، އެ ލަސްވާ މުއްދަތު، ވަރކް ޝެޑިއުލްގައިވ މުއްދަތަށ އިތުރުކޮށްދިނުމަށް މަސައްކަތެޙަވާލުކުރާ ފަރާތުން އެއްބަސްވާކަމުގައެވެ. މި ޚުޞޫމާތު އުފެދުމުގެ ކުރިން، މި މާއްދާގައިވާ ފަދައިން މާލެ ސިޓީ ކައުންސިލްގޫސަބަބުން ވާރކް ޝެޑިއުލްއަށ ބުރެއަރާފައިވާތީ، މި މާއްދާ ތަންފީޒުކުރުމަށް ސޭވް ދަ ބީޗްގެ ފަރާތުން އެދިފައިވާކަން އެނގޭކަށްނެތެވެ. އަދި ސިވިލް ކޯޓުގ ނިންމުމުގައި ފާހަގަކޮށްފައިވާ ފަދައިން ސޭވް ދަ ބީޗްގެ ފަރާތުން ހުށަހަޅާފައިވާ ދަޢުވާއަކީވެސް އެކަމުގެ މައްޗަށް ބިނާވާ ދަޢުވާއެއްނޫނެވެ. ސިވިލް ކޯޓަށް އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާފައިވަ ދަޢުވާއަކީ، 13 ސެޕްޓެމްބަރ 2020ގައި މާލެ ސިޓީ ކައުންސިލްއިން ސޭވް ދަ ބީޗްއަށް އެންގި އެންގުމުން،ސޭވް ދަ ބީޗްގެ މަސައްކަތް މާލެ ސިޓީ ކައުންސިލްއިން ހުއްޓުވާފައިވާތީ، އެއީ ކޮންޓްރެކްޓާބެހޭ ޤާނޫނާއި ދެފަރާތުން ވެފައިވާ އެއްބަސްވުމާ ޚިލާފަށް މާލެ ސިޓީ ކައުންސިލްގެ އިދާރާއިން ކޮށްފައިވާ ކަމެއްކަމުގައި ކަނޑައަޅައި، specific performance ގެ އުޞޫލުން ދެފަރާތުގެ ދެމެދު ވެފައިވާ އެއްބަސްވުމަށް ޢަމަލުކުރުމަށް މާލެ ސިޓީ ކައުންސިލްގެ އިދާރާގެ މައްޗަށް އަންގައި އަމުރުކުރުމަށެވެ.
59ބަޔާންކުރަނިވި ފަދައިން، މި ނުކުތާގެ ތެރެއިން ސިވިލް ކޯޓުގައި އިސްތިއުނާފުކުރާ ފަރާތުން ދެ ގޮތަކަށް އެދިފައިވެއެވެ. އެއީ މާލެ ސިޓީ ކައުންސިލްގެ އިހުމާލުން އެއްބަސްވުމުގެ މަންފާ ހާސިލުކުރުމަށް ސޭވް ދަ ބޗްއަށް މަހްރޫމްވެގެން ދިޔަ 07 )ހަތެއް( އަހަރުދުވަސ އެއްބަސްވުމުގް މުއްދަތުގެ ތެރެއަށް އިތުރުކޮށްދިނުމަށ ނުވަތަ އެފަދައިން އެކަން ކުރެވެން ނެތްނަމަ، އެ މުއްދަތުގައި އެއްބަސްވުމުގެ މަންފާ ހާސިލު ނުވުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލަށް ވަކި ދަޢުވއެއާ ކުރުމުގެ ޙައްޤު ދަޢުވާކުރާ ފަރާތަށް އޮތްކަމަށް ކަނޑައަޅައި ދިނުމަށެވެ.
60އިސްވެ 36.1 އިން 36.4 ގައިވާ ސަބަބުތައް އެފަދައިން ހުރުމުން، އެއްބަސްވުމުގެ މުއްދަތު 07 )ހަތެއް( އަހަރަށް އިތުރުކުރެވެނީ ނެތްކަމަށް ސިވިލް ކޯޓުން ކަނޑައަޅާފައިވެއެވެ. އަދި އެ ފަރުވާ ދެވެން ނެތުމުން، އިސްތިއުނާފުކުރާ ފަރާތުން ސިވިލް ކޯޓުގައި އެދިފައިވާ ފަދައިން، އެއްބަސްވުމާއި މާލެ ސިޓީ ކައުންސިލްއިން ޚިލާފުވުމުގެ ސަބަބުން ސޭވް ދަ ބީޗްއަށް ގްއްލުމެއ ލިބިފައިވާކަމަށް ޤަބޫލުކުރެވޭނަމަ، އާ ގެއްލުމުގެ ބަދަލު ހޯދުމަށް ވަކި ދަޢުވާއެއް ކުރުމުގެ ޙައްޤު ސޭވް ދަ ބީޗްއަށ ލިބިގެންވާކަމަށް ކަނޑައަޅާފައިވެއެވެ. މިއީ އިސްތިއުނާފުކުރާ ފަރާތުން އެދޭ އެދުމުގެ ތެރެއިން، އެ ފަރާތަށް ދީފައިވާ ފަރުވާއެކެވެ. މިކަނިކުޅައުމުގައި ސިވިލް ކޯޓުން ޤިނޫނީ ނައްސަކާއ އަދ އެއްބަސްވުމުގެ މާއްދާއަކާ ޚިލާފުވެފައިވާކަމަކަށް ނުދެކެމެވެ. ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ )ހ( އާއި އެ މާއްދާގެ )ށ( ގެ 1 ވަނަ ނަންބަރާއި ޚިލާފުވެފައިވޭތޯ
61އިސްތިއުނާފުކުރާ ފަރާތުން މި އިސްތިއުނާފީ ނުކުތާ ބިނާކޮށްފައިވަނީ މާލެ ސިޓީ ކައުންސިލްއިން މަސައްކަތް ހުއްޓުވުމުގެ ސަބަބުން އިސްތިއުނާފުކުރާ ފަރާތް، ކޮންޓްރެކްޓަރަކާއިއެކު ތަރައްގީކުރަން ފެށި ފެސިލިޓީގެ މަސައްކަތަށް ހުރަސްއެޅި، ފެސިލިޓީގެ މަސައްކަތް ކޮންޓުރެކްޓަރަށް ނުކުރެވުމުގެ ސަބަބުން، އިސްތިއުނާފުކުރާ ފަރާތުން އައިޑަލް ޗަރޖްގ ގޮތުގައެ ކޮންޓްރެކްޓަރަށް ދައްކަންޖެހުނު 91,200ރ. )ނުވަދިހައެއްހާސް ދުވިސައްތަ ރުފިޔާ( އަށު އިސްތިއުނާފު ރައްދުވާ ފަރާތް ޒިންމާކުރުވާފައިނުވަނ ކޮންޓްރެކްޓާބެހޭ ޤާނޫނގ 23 ވަނަ މާއްދާގެ )ހ( އާއި، އެ މާއްދާގެ )ށ(ގެ 1 ވަނަ ނަންބަރާއި ޚިލާފަށްކަމަށް ބުނާ ބުނުމުގެ މައްޗަށެވެ.
62މި ފައިސާ ސޭވް ދަ ބީޗްގެ ފަރާތުން ހޯދުމަށް ސިވިލް ކޯޓުގައި ދަޢުވާކުރިއިރު އެދިފައިވަނީ އައިޑްލް ޗަރޖަސްގެ ގޮތުގައި ސޭވް ދަ ބީޗްއަށް ލިބިފައިވާ ގެއްލުމުގެ ބަދަލެއްގެ ގޮތުގައެވެ.
63HN7މި އެދުނު އެދުމާއި ގުޅިގެން ސިވިލް ކޯޓުން ނިންމާފައިވަނީ އަންނަނިވި ފަދައިންނެވެ.
63.1. މަދަނީ މުޢާމަލާތެއްގައި، ބަދަލު (damages) އަކީ ގެއްލުންވި ފަރާތަށް ލިބުނު ގެއްލުމުގެ ބަދަލުގައި ދެވޭ ފައިސާގެ އަދަދެއްކަމާއި، މި ފައިސާ ނަގައި ދޭނީ ގެއްލުން ލިބުނު ފަރާތަށް )ނުވަތަ އޭނާގެ ޙައްޤަކަށް ނުވަތަ އޭނާގެ މުދަލަކަށް( ގެއްލުން ދިން ފަރާތުގެ ކިބައިންކަމާއި، ކޮންޓްރެކްޓުތަކ ގުޅިގެނާ މިފަދުބަދަލު ލިބިދެވެނީ ކޮންޓްރެކްޓާ ޚިލާފުވެއްޖެނަމަ، ކޮންޓްރެކްޓް ޚިލާފުވި ފަރާތުގެ ކިބައިންކަމާއި، އެއްބަސްވުމަކާ ޚިލާފުވެފައިވާ ޙާލަތުގައި، ގެއްލުން ލިބުނު ފަރާތަށް މާލީ ބަދަލު ލިބިދެވޭނީ އެއްބަސްވުމާ ޚިލާފުވުމުގެ ސަބާބުން ގެއްލުމެއްވެފައިވާނަމަ، ލިބިފައިވ ގެއްލުމަކާ ގެއްލުމުގެ ބަދަލު ލިބިދެވޭފަދަ ޚިލާފުވުމެއްނަމަ އަދި އެއްބަސްވުމާ ޚިލާފުވެފައިވުމާއި ލިބުނު ގެއްލުމާ ގުޅުމެއްވާނަމަކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރ 2020/SC-A/28 ޙަސަން ޢަލީމަނިކު ވ. އަޙްމަދު ޖަނާޙް ޤަޟިއްޔާއިން އެނގެން އޮންނަކަމާއި،
63.2. ސޭވް ދަ ބްޗްއ ޙަވާލުކޮށްފައިވާ ބިމުގައި އިމާރާތްކުރުމުގެ މަސައްކަތް ފިއުޗަރ ހޯމްސް ޕވޓ ލޓޑ އާ ޙަވާލުކޮށްފައިވާއިރު، ކޮރަލް ފާމްގެ މަސައްކަތް ހުއްޓާލުމާއ ގުޅިގެނި މަސައްކަތް ހުއްޓިފައި އޮންނަ ކޮންމެ ދުވަހަކަށް ދުވާލަކު -/800ރ.) އަށްސަތޭކަ ރުފިޔާ( "އައިޑަލް ޗާރޖް"ގެ ގޮތުގައި ޗާޖުކުރެވޭކަމާއި، މގޮތުނި 91,200ރީ.)ނުވަދިހައެއްހާސް ދުވިސައްތަ ރުފިޔާ( އަކީ ސިވިލް ކޯޓަށް ހުށަހަޅާފައިވާ ދަޢުވާ ފޯމުގެ 12 ވަން ނަންބަރުގެ ދަށުން ފާހަގަކޮށްފައިވާ ކަންކަމުގެ ތެރެއިން )ނ( ގެ ގޮތުގައި އިސްތިއުނާފުކުރާ ފަރާތުން އެދޭ ގޮތް ކަމުގައި ހުށަހަޅާފައިވާ ހުށަހެޅުން ސޭވް ދަ ބީޗްއަށް ސީދާ ގޮތުން ލިބިފައިވާ ގެއްލުމެއްކަމަށް ސޭވް ދަ ބީޗްއިން ބުނާއިރު، ސޭވް ދަ ބާޗްއާ ތިންވަނަ ފަރާތަކާއެކު ވެވޭ އެއްބަސްވުމެއްގެ ދަށުން ސޭވް ދަ ބީޗްއަށް ލިބިދާނެ ގެއްލުމަކަށް މާލެ ސިޓީ ކައުންސިލްގެ ފަރާތުން ޒިންމާވާންޖެހޭކަމަށް ދެ ފަރާތުން ވެފައިވާ އެއްބަސްވުމުން އެނގެންނެތްކަމާއި،
63.3. ފީއުޗަރ ހޯމްސް ޕވޓ ލޓޑ އިން އައިޑަލް ޗާރޖެއ ނުވަތް ޖޫރިމަނާއެއް ނެގޭނެކަމަށް ބުނެ ފޮނުވާފައިވާ ސިޓްހުށަހަޅާފައިވީނަމަވެސް، ސޭވް ދަ ބީޗްއާއި ފިއުޗަރ ހޯމްސް ޕވޓ ލޓޑ އ ދެމެދު އައިޑަލް ޗާރޖެއް )ޖޫރިމަނާ( ނެގުމާއި ގުޅޭ ގޮތުން އެއްބަސްވުމެއްވެފައިވާކަނ ހުށަހަޅާފައިވާ ލިޔެކިޔުންތަކުން އެނގެންނެތަތީ، ހޯދަން އެދުނު ބަދަލަކީ ތިންވަނަ ފަރާތުނ ކޮށްފައިވާ ޖޫރިމަނީ އެއްކަމުގައިވާއިރު، އެ ޖޫރިމަނާއަކީ މާލެ ސިޓީ ކައުންސިލްގެ ފަރާތުނ ޒިންމާވާންޖެހޭ ފައިސާއެއްތޯ ސާބިތުވާންޖެހޭއިރު، އެއީ މި ދަޢުވާއާ ގުޅުމެއް ނެތް ވަކި މައުޟޫއީ މައްސަލައެއްކަމުގައިވާއިރު، އައިޑަލް ޗާރޖުގ ގޮތުގައެ ހޯދުމަށް އެދިފައިވާ ފައިސާއަށް މާލެ ސިޓީ ކައުންސީ ލްގެ ފަރާތުން ޒިންމާވި ންޖެހޭކަނ ސޭވް ދަ ބޗްގެ ފަރާތުން ސާބިތުކޮށްދީފައިނުވާކަމެވެ.
64ސޭވް ދަ ބޗްގެ ފަރާތުން ޙަވާލާދޭ ކޮންޓްރެކްޓާބެހޭ ޤާނޫނުގީ 23 ވަނަ މާއްދާގެ )ހ( އާއި )ށ( ގެ 1 ވަނަ ނަންބަރަށް ބަލާއިރު، ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ )ހ( ގައިވަނީ ކޮންޓްރެކްޓެއްގެ ބައިވެރިޔަކު އެ ކޮންޓްރެކްޓަކާ ޚިލާފު ޢަމަލެއް ކޮށްފިނަމަ، އެޢަމަލެއ ކުރުމުން ލިބުނު ގެއްލުމަކަށް އެޢަމަލުކުރި މީހަކު، ބަދަލުދޭން ޖެހޭނކަމުގައެވެ. އަދި މި މާއްދާގެ )ށ( ގެ 1 ވަނަ ނަންބަރުގައިވަނީ މި މާއްދާގެ )ހ( ގައިވާ ގޮތުން ބަދަލުދޭންޖެހޭނެ ގެއްލުމަކީ ކޮންޓްރެކްޓާ ޚިލާފުވުމުގެ ސަބަބުން ސީދާ ލިބޭ ގެއްލުމަށް ކަމުގައިވެ.
65ކޮންޓްރެކްޓުގެ ބައިވެރިއަކު ކޮންޓްރެކްޓާ ޚިލާފުވުމުގެ ސަބަބުން އަނެއް ފަރާތަށް ކޯޓުން ނަގައިދޭ ގެއްލުމުގ ބަދަލުގެ މަގްސަދަކީ އެ ކޮންޓްރެކްޓަށެފުރިހަމައަށ އަމަލުކޮށް ނިމުނުނަމަ، ކޮންޓްރެކްޓް ޚިލާފުނުވާ ފަރާތް މާލީ ގޮތުން ހުންނާނޭ މަގާމާ ވީހާވެސް ގާތަށް ގެންގޮސް ދިނުންކަމަށާއި، ކޮންޓްރެކްޓާ ޚިލާފުނުވާ ފަރާތް މާލީ ގޮތުން ހުންނާނޭ މަގާމާ ވީހާވެސް ގާތަށް ގެންގޮސް ދިނުމުގެ މާނަ އަކީ ކޮންޓްރެކްޓު ޚިލާފުނުވާ ފަރާތާ ކޮންޓްރެކްޓުގެ ޒަރީއާއިން ހޯދި ވިޔަފާރްގެ މަންފާ އޭނާއަށް ލިބިދިނުން ކަމުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރ 2019/SC-A/85 ދައުލަތް ވ. ވިލާ އެއަރ ޕވޓ ލޓޑ ޤަޟިއްޔާގައި ބަޔާންކޮށްފައިވެއެވެ. މިއީ "އެކްސްޕެކްޓޭޝަން ޑެމޭޖަސް" އެވެ.
66އެކްސްޕެކްޓޭޝަން ޑެމޭޖަސްގައި ކޮންޓްރެކްޓާ ޚިލާފުނުވާ ފަރާތަށް ލިބުނު ސީދާ ގެއްލުމާއި ނުސީދާ ގެއްލެން ހިމެނޭއިރު، މި މައްސަލައިގައި އިސްތިއުނާފުކުރާ ފަރާތުން ޙަވާލާދީފައިވަނީ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގައި ސީދާ ލިބޭ ގެއްލުމުގެ ބަދަލު ބަޔާންކުރާ މާއްދާއަށެވެ.
67HN8މި ނުކުތާގައި ގެއްލުމުގެ ބަދަލު ކަމަށް ސޭވް ދަ ބީޗްގެ ފަރާތުން ބަޔާންކުރަނީ"އައިޑަލް ޗާރޖު" އެކެވެ. މި އައިޑަލް ޗާރޖަކީ މި މައްސަލައިގެ ޚުޞޫމާތުގައިވ އެއްބަސްވުމުގައިވާ ޗާރޖެއްނޫނެވެ. އަދ އެ އެއްބަސްވުމުގެ ދަށުން މާލެ ސިޓުކައުންސިލްއިން ދައްކަންޖެހޭ ޗާރޖެއްނޫނެވެ. ސޭވް ދަ ބީޗްގ ފަރާތުނ ބުނެފައިވަން އެއީ އެ ފަރާތުން ކޮންޓްރެކްޓަރަށް ދައްކަންޖެހޭ ޗާރޖެއްކަމުގައެވެ. އަދި ޗާރޖް ދައްކަންޖެހެނީ މަސައްކަތް ހުއްޓިފައި އޮންނަ ކޮންމެ ދުވަހަކަށް ކޮންޓްރެކްޓަރ ޗާރޖެއްކުރާތީ ކަމުގައެވެ. މިފަދައިން ސޭވް ދަ ބީޗްއިން ބުނިނަމަވެސް، މިކަން ސޭވް ދަ ބީޗްގެ މައްޗަށް ލާޒިމުވާކަން ދަލާލާތުކޮށްދޭ އެއްބަސްވުމެއް ހުށަހަޅާފައެއްނުވެއެވެ.
68މިއީ ސީދާ ގޮތުން ސޭވް ދަ ބީޗްއަށްލިބިފައިވާ އަދި އަގު އަދާކޮށްފައިވާ ގެއްލުމެއްކަމާއި، މި ގެއްލުން ވުޖޫދުވީ މި މައްސަލައިގެ އެއްބަސްވުމުގެ ދަށުންކަނާމިހިނދު އެނގެންނެތްއިރު، މިފަދަ ގެއްލުމެއް ސޭވް ދަ ބީޗްއަށ ލިބިފައިވާކަން ޝަރީޢަތަކަށް ސާބިތުވެފައިވެކަން އެނގޭކަށްނެތެވެ. އަދި ޚުޞޫމާތު އުފެދިފައިވ އެއްބަސްވުމުގާ ދާއިރާގެ ތެރެއިން ގެއްލުމުގެ މާލީ ބަދަލު ލިބިދިނުމުގައި ދިވެހިރާއްޖޭގ ސުޕްރީމް ކޯޓުގެ ނަންބަރ 2020/SC-A/28 ޙަސަން ޢަލީމަނިކު ވ. އަޙްމަދު ޖަނާޙް ޤަޟިއްޔާގައި ބަޔާންކުރާ އުންސުރުތައް ފުރިހަމަވާކަން ސާބިތުވާފަދަ ބަހުސެއް ސޭވް ދަ ބީޗްގެ ފަރާތުން މިހިނދު ހުށަހަޅާފައިވާކަމުގައި ނުބެލެވެއެވެ.
69މާލެ ސިޓީ ކައުންސިލްއިން އައިޑަލް ޗިރޖަސްއަށާ ޒިންމާކުރުވެން ނުޖެހް ކަން ދަށު ކޯޓުން ނިންމި ނިންމުން ބިނާކުރި ޤާނޫނީ އަސާސް އެ ނިންމުމުގައި ބަޔާންކޮށފައިވާކަމުގައި ދެކޭހިނދު، އެނިންމުމަކީ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ )ހ( އާއި އެ މާއްދާގެ )ށ(ގެ 1 ވަނަ ނަންބަރާއި ޚިލާފަށް ނިންމާފައިވާ ނިންމުމެއް ކަމުގައި ނުދެކެމެވެ.
މައްސަލަ ނިންމަން ފެންނަގޮތް
64. އިސްވެ ބަޔާންކުރަނިވި ކަންކަމަށް ބިނާކޮށް، ސިވިލް ކޯޓުގެ ނަންބަރު 133/Cv-C/2021 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް އެދް ޙަސަނެއަޙްމަދު )ސޭވް ދަ ބީޗް( ގެފަރާތުން ހުށަހަޅާފައިވް ނުކުތާތަކުގެ މައްޗަށް ރިޢާޔަތްކޮށް، އެ ޤަޟިއްޔާއިން ނިންމާފައިވާ ނިންމުން ބާޠިލުކުރާނެ ތަނެއް ނެތް ކަމުގައި ކަނޑައަޅަން ފެނެއެވެ.
ފަނޑިޔާރު ޙަސަން ޝަފީޢުގެ ރައުޔު
65. ފަނޑިޔާރު ޙުޒައިފާ މުޙައްމަދުގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.
ފަނޑިޔާރު ދީބާނާޒް ފަހުމީގެ ރައުޔު
66. ފަނޑިޔާރު ޙުޒައިފާ މުޙައްމަދުގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.
އިސްތިއުނާފުކުރުމުގެ އިޖުރާއަތު ބަޔާންކޮށްދިނުން
67. މާ ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި ޙުކުމްކުރުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ޤަޟިއްޔ އިސްތިއުނާފުކުރުމުގެ ޙައްޤު މައްސަލައިގެ ޚަސްމުންނަށް ލިބިގެންވެއެވެ. އާންމު އުޞޫލެއްގެ ގޮތުނ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް މައްސަލަ އިސްތިއުނާފުކުރުމަށް ހުށަހެޅޭނީ ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމުން ނިންމާތާ 30 )ތިރީސް( ދުވަހުގެ ތެރޭގައެވެ.މި މުއްދަތުގެ ތެރޭގައި ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ޙަވާލުކޮށްފައިނުވާނަމަ، އިސްތިއުނާފުކުރުމުގެ މުއްދަތު ގުނަން ފަށާނީ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ޙަވާލުކުރާ ތަރީޚުން ފެށިގެންނެވެ. އެހެނަސް، ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ ޚުލާޞާއަށް ބިނާކޮށްވެސް އިސްތިއުނާފަށް ހުށަހެޅިދާނެއެވެ. ކޯޓުން މައްސަލައިގެ ޙުކުމްކުރުމަށްފަހު، އެ ޙުކުމް އިސްތިއުނާފުކުރުމުގެ ޙައްޤު ލިބިގެންވާކަމާއި، އިސްތިއުނާފުކުރެވޭނެ ކޯޓާއި، އިސްތިއުނާފުކުރަންޖެހޭ ވަގުތު ޚަޞްމުންނަށް ސާފުކޮށްދޭންވާނެކަމާއި، އަދި މިކަން ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގައި ބަޔާންކޮށްފައި އޮންނަންވާނެކަމުގައުމަދަނީ އިޖުރާއަތުގެ ޤާނޫނ )ޤާނޫނު ނަންބަރު 2021/32(ގެ 268 ވަނަ މާއްދާގައި ބަޔާންކުރެއެވެ. މިކަމުގައި ދެވޭ އިސްތިސްނާ މަދަނީ އިޖުރާއަތުގެ ޤާނޫނު )ޤާނޫނު ނަންބަރު 2021/32(ގެ 284 ވަނަ މާއްދާގެ )ރ( ގައި ބަޔާންކުރެއެވެ. މަދަނީ އިޖުރާއަތުގެ ޤާނޫނު )ޤާނޫނު ނަންބަރު 2021/32(ގެ 284 ވަނަ މާއްދާގެ )ހ( މަދަނީ އިޖުރާއަތުގެ ޤާނޫނު )ޤާނޫނު ނަންބަރު 2021/32(ގެ 284 ވަނަ މާއްދާގެ )ށ( މަދަނީ އިޖުރާއަތުގެ ޤާނޫނު )ޤާނޫނު ނަންބަރު 2021/32(ގެ 284 ވަނަ މާއްދާގެ )ނ(
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ޤާނޫނު ނަންބަރު 91/4 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 19 ވަނަ މާއްދާގެ (ނ)
- ޤާނޫނު ނަންބަރު 91/4 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 20 ވަނަ މާއްދާގެ (ހ)
- ޤާނޫނު ނަންބަރު 91/4 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 22 ވަނަ މާއްދާގެ (ހ)، (ށ)، (ނ)
- ޤާނޫނު ނަންބަރު 91/4 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 23 ވަނަ މާއްދާގެ (ހ) އަދި (ށ) ގެ 1 ވަނަ ނަންބަރު
- ސުޕްރީމް ކޯޓުގެ 2013/SC-A/34 (ބީ.އެމް.ސީ ޓްރާންސްޕޯޓް އެންޑް ޕްރޮޖެކްޓްސް ޕވޓ ލޓޑ ވ. ކޮރަލްގޭޓް މޯލްޑިވްސް ޕވޓ ލޓޑ)
- ސުޕްރީމް ކޯޓުގެ 2020/SC-A/50 (ފާސްޓް ކޮންސްޓްރަކްޝަން އެންޑް ޓްރޭޑިންގ ކޮމްޕެނީ ލިމިޓެޑް ވ. ޕޮލިސް ވެލްފެއަރ ކޯޕަރޭޝަން ޕވޓ ލޓޑ)
- ސުޕްރީމް ކޯޓުގެ 2020/SC-A/28 (ޙަސަން ޢަލީމަނިކު ވ. އަޙްމަދު ޖަނާޙް)
- ސުޕްރީމް ކޯޓުގެ 2019/SC-A/85 (ދައުލަތް ވ. ވިލާ އެއަރ ޕވޓ ލޓޑ)
- ސިވިލް ކޯޓުގެ 156/Cv-C/2014 (ދެފަރާތުގެ ކުރީގެ ޤަޟިއްޔާ)
- Anson's Law of Contract (29th ed., 2020), p. 473
ޝަރީޢަތުގެ ވީޑިއޯ
ހައިކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.