މުޙައްމަދު ލަޠީފް ވ. ދޮންއާދަމްފުޅު
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- ކ. ހިންމަފުށި މެޖިސްޓްރޭޓް ކޯޓު 44/H6C/2022
- ފަހުގެ ތާރީޚު
- ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް
ކޯ ޓާމްސް
ޚުލާޞާ
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ކޮންޓްރެކްޓުގެ އަސާސީ އިލްތިޒާމު އަދާކުރަންޖެހޭ ތަން ނިސްބަތްވާ ކ.ހިންމަފުށީ މެޖިސްޓްރޭޓް ކޯޓަށް، މާލޭގައި ދިރިއުޅޭކަމަށް ބުނާ ދަޢުވާލިބޭ ފަރާތާ ދެކޮޅަށް ހުށަހެޅި ދަޢުވާ ބެލުމުގެ ސަރަޙައްދީ އިޚްތިޞާޞް (މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 47 ވަނަ މާއްދާ) ލިބިގެންވޭތޯ؛ އަދި ފަނޑިޔާރު އަމިއްލަ ޢިލްމަށް ބަރޯސާވެ ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާއާ ޚިލާފުވީތޯ.
ނިންމުން
ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައިއިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ނިންމުން ޤާއިމް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާއަށް ޙަވާލާދީ ހެކިތަކަށް ރިޢާޔަތްކޮށްފައިނުވާކަމަށް ބުނާނަމަ، ރިޢާޔަތްނުކުރި ޤާނޫނީ ކޮން ނުކުތާއަކާ ގުޅޭ ކޮން ހެއްކެއްކަން ބުނެދިނުމަކީ އެހެން ބުނާ ފަރާތުގެ ޒިންމާއެކެވެ؛ އަދި ފަނޑިޔާރެއްގެ ސުލޫކާ ގުޅޭ މާއްދާތަކާއި، ފަންނީ ޤާނޫނީ އުޞޫލެއް ތަޠުބީޤުނުކުރުން ނުވަތަ ނުބައިކޮށް ތަޠުބީޤުކުރުމަކީ ދެ ތަފާތު ކަމެކެވެ.
HN2 އިބްތިދާއީ އަޑުއެހުމުގައި ފަނޑިޔާރު އަމިއްލަ އިސްނެގުމަކުން ކުރި ސުވާލުތަކަކީ ފަނޑިޔާރު ވާޞިލުވި ޤާނޫނީ ނިންމުމުގެ މިސްރާބާ ގުޅޭ ސުވާލުތަކެއް ނޫންނަމަ، އެ ސުވާލުތަކުގެ ސަބަބުން ނިންމުމަށް އަސަރެއް ނުކުރެއެވެ؛ ބަލަންވާނީ ޤާނޫނީ މާއްދާ ތަޠުބީޤުކުރުމުގައި ގޯހެއް ހަދާފައިވޭތޯއެވެ.
HN3 ފަނޑިޔާރު ޤާނޫނީ ގޮތުން ގޯހެއް ހަދާފައިވާކަމަށް ނުވަތަ ހެކިތަކަށް ނުވަތަ ވާހަކަތަކަށް ރިޢާޔަތްކޮށްފައިނުވާކަމަށް ހަމައެކަނި ބުނުމަކުން، ކޯޓުތަކުގެ ޤާނޫނުގެ 43 ވަނަ މާއްދާއިން ހުއްދަކުރާ މިންގަނޑަށް ނުވާޞިލުވެއެވެ؛ ރިޢާޔަތްނުކުރީ ކޮން ގޮތަކުންކަމާއި އޭގެ ސަބަބުން ނަތީޖާ ބަދަލުވާނެ ގޮތް ސާފުކޮށްދޭންވާނެއެވެ (އިބްރާހީމް ޖިހާދު ވ. ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން).
HN4 މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 110 ވަނަ މާއްދާގެ ދަށުން، ދަޢުވާ ބެލުމުގެ އިޚްތިޞާޞް ކޯޓަށް ލިބިގެންނުވާކަމަށް ފެނިއްޖެނަމަ ދަޢުވާއަށް ރައްދުދިނުމުގެ ބަދަލުގައި ދަޢުވާލިބޭ ފަރާތަށް އިޢުތިރާޟު ހުށަހެޅިދާނެއެވެ.
HN5 ދަޢުވާ ހުށަހެޅިއިރު ދަޢުވާލިބޭ ފަރާތުގެ އެޑްރެސް ބަދަލުވެފައިނުވާނަމަ، ދަޢުވާ ހުށަހެޅުމަށްފަހު ހައްދާ އައިޑީކާޑުގެ އެޑްރެހަށް ބިނާކޮށް އިޚްތިޞާޞާ މެދު ކުރާ ވާހަކައަކީ ޙަޤީޤަތް އޮޅުވާލައި ޝަރީޢަތުގެ ވަގުތާއި ވަސީލަތް ނަގައިލުމުގެ ގޮތުން ދައްކާ ވާހަކައެއްގެ ގޮތުގައި ބެލެވި، ބަލައެއް ނުގަނެވޭނެއެވެ.
HN6 މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 47 ވަނަ މާއްދާގެ (ހ) ގައިވަނީ ސަރަޙައްދީ އިޚްތިޞާޞް ދަޢުވާލިބޭ ފަރާތް ޢާންމުކޮށް ދިރިއުޅޭ ތަން ނިސްބަތްވާ ކޯޓަށް ލިބޭ ޢާންމު އުޞޫލެވެ؛ އެ މާއްދާ އެއް ރޮއްޖަކުން ވިޔެފައިވާ އެކަތިގަނޑެއްގެ ގޮތުގައި ކިޔާއިރު، (ރ) ގައިވާ ޚާއްޞަ ޙާލަތެއް ވުޖޫދުގައިވާނަމަ އެ ޙާލަތާ ނިސްބަތްވާ ކޯޓަށް މައްސަލަ ހުށަހެޅުމަށް އިސްކަންދޭންޖެހޭނެއެވެ، އަދި ޢާންމު އުޞޫލު ތަޠުބީޤުވާނީ ޚާއްޞަ ޙާލަތެއް ނެތްނަމައެވެ.
HN7 ކޮންޓްރެކްޓާ ގުޅޭ މައްސަލައެއްގައި، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 47 ވަނަ މާއްދާގެ (ރ) ގެ (1) ގެ ދަށުން ކޮންޓްރެކްޓުގެ އެންމެ އަސާސީ އިލްތިޒާމު އަދާކުރަންޖެހޭ ތަން ނިސްބަތްވާ ޝަރުޢީ ދާއިރާގެ ކޯޓަށް ދަޢުވާ ބެލުމުގެ އިޚްތިޞާޞް ލިބިގެންވެއެވެ؛ ގެ ހިޔާކުރުމުގެ މަސައްކަތް ކ.ހިންމަފުށީގައި ކުރަންޖެހޭ އެއްބަސްވުމުގެ މައްސަލަ ބެލުމުގެ އިޚްތިޞާޞް ހިންމަފުށީ މެޖިސްޓްރޭޓް ކޯޓަށް ލިބިގެންވެއެވެ.
ވަކީލުންނާއި ފަނޑިޔާރުން
- އިސްތިއުނާފުކުރި ފަރާތުގެ ވަކީލުން
- ފާޠިމަތު ޚަތުމާ
- ޖަވާބުދާރީވި ފަރާތުގެ ވަކީލުން
- މުޙައްމަދު ޝިފާޒް ޢަބްދުލްޤަދީރު
- ބެންޗު
- ޙުޒައިފާ މުޙައްމަދު، މުޙައްމަދު ފައިޞަލް، ދީބާނާޒް ފަހުމީ
- ރިޔާސަތު
- —
- ރައުޔު ލިޔުނު ފަނޑިޔާރު
- ޙުޒައިފާ މުޙައްމަދު · ތާއީދުކުރެއްވީ: މުޙައްމަދު ފައިޞަލް، ދީބާނާޒް ފަހުމީ
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.
ފަނޑިޔާރު ޙުޒައިފާ މުޙައްމަދުގެ ރައުޔު
މައްސަލައިގެ ތަޢާރފަ
1މިއީ މާލެއަތޮޅު ހިންމަފުށީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 44/H6C/2022 ޤަޟިއްޔާއާ ގުޅިގެން އެ ކޯޓުނ 20 ޑިސެންބަރު 2022ގައި ނިންމާފައިވާ "އިޚްތްޞި ޞ އާމެދު ނިންމި ގޮތް" ޝަރުޢީ އަދި ޤާނޫނ ހަމަތަކާ އެއްގޮތް ނުވާކަމަށް ބުނެ އެ ނިންމުން އިސްތިއުނާފުކުރުމަށް އެދޭ މާލެ ވ.ހިޖުރީ ހުޅަނގުބައި، މުޙައްމަދު ލަޠީފް )ދިވެހި ރައްޔިތެއްކަން އަންގައިދޭ( )މީގެ ފަހުން "އިސްތިއުނާފުކުރާ ފަރާތް" ނުވަތަ "މުޙައްމަދު ލަޠީފާ"( ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބަލާފައިވާ ޤަޟިއްޔާއެވެ.
2މ ޤަޟިއްޔާގައި އިސްތިއުނާފި ރައްދުވަނީ މާލެ […] ދޮންއާދަމްފުޅުގެ )ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރ ( )މީގެ ފަހުން "އިސްތިއުނާފ ރައްދުވު ފަރާތް" ނުވަތަ "ދޮންއާދަމްފުޅު"( މައްޗަށެވެ.
މައްސަލައިގެ ކަންހިނގާފައިވާ ގޮތް
3ކ.ހިންމަފުށީފީރޯޒްވާދީއާއި، ކ.ހިންމަފުށީފީރޯޒްލޮޖްއާއި، ކ.ހިންމަފުށީ ވެނިސް ކިޔާ 3 )ތިނެއް( ގޯތި އެއްކޮށް ހިޔާކުރުމުގެ އެންމެހާ މަސައްކަތްތައް ކުރުމާއި ގުޅޭގޮތުން އިސްތިއުނާފުކުރު ފަރާތާއި އިސްތިއުނާފ ރައްދުވާ ފަރާތާއި ދެމެދު 10 ނޮވެންބަރު 2021 ގައި އެއްބަސްވުމެއްވެފައިވެއެވެ. މި އެއްބަސްވުމުގެ ދަށުން މަސައްކަތްކުރާ ފަރާތަކީ އިސްތިއުނާފުކުރާ ފަރާތެވެ. އަދި މަސައްކަތް ޙަވާލުކުރާ ފަރާތަކީ އިސްތިއުނާފ ރައްދުވާ ފަރާތެވެ. މި އެއްބަސްވުމުގައިވާ ގޮތުގެ މަތިން މަސައްކަތް ނިންމުމަށް ކަނޑައަޅާފައިވާ މުއްދަތަކީ "ގ.ފީރޯޒްލޮޖް ދޮންއާދަމް ފުޅާއި ތ.ބުރުނީ ރޯޝަނީވިލ މުޙައްމަދާ ލަޠީފު އާއް ދެމެދި ވެވޭ އެއްބަސްވުން"ގ 1 ވަނަ މާއްދާ 10 ނޮވެންބަރު 2021 އިން ފެށިގެން 30 )ތިރީސް( ދުވަސްކަމާއި، މިގޮތުން މަސައްކަތް ނިންމުމަށް ކަނޑައަޅާ މުއްދަތަކީ 14 ޑިސެންބަރު 2021ކަމުގައި ބަޔާންކުރެއެވެ.
4މި އެއްބަސްވުމުގައި ސޮއިކުރުމާއެކު، މަސައްކަތުގެ އަގުން ކެނޑޭ ގޮތަށް އެޑްވާންސްގެ ގޮތުގައި 50,000/-ރ. )ފަންސާސްހާސް ރުފިޔާ( މަސައްކަތްކުރާ ފަރާތްކަމުގައިވ މުޙައްމަދާ ލަޠީފްއަށ ދޭންވާނެކަމުގައ މި އެއްބަސްވުމުގައި ބަޔާންކުރެއެވެ. އަދި މި ފައިސި ހަމައަށް މަސައްކަތްކުރާ ފަރާތަށް )މުޙައްމަދު ލަޠީފްއަށް( ލިބއްޖެކަމަށ އެއްބަސްވާކަން މި އެއްބަސްވުމުން އެނގެއެވެ.
5އިސްތިއުނާފުކުރާ ފަރާތާއި އިސްތިއުނި ފ ރައްދުވު ފަރާތާއި ދެމެދު ވެފައިވާ އެއްބަސްވުމާއި އެއްގޮތަށް އިސްތިއުނާފުކުރާ ފަރާތުން މަސައްކަތް ނިންމާފައިނުވާތީ، އިސްތިއުނާފުކުރާ ފަރާތަށް އެޑްވާންސްގެ ގޮތުގައި ދީފައިވާ 50,000/- ރ. )ފަންސާސްހާސް ރުފިޔާ( ހޯދުމަށް އެދް އިސްތިއުނާފުކުރި ފަރާތުގާ މައްޗު ށ އިސްތިއުނާފީ ރައްދުވު ފަރާތުން މާލެއަތޮޅު ހިންމަފުށީ މެޖިސްޓްރޭޓް ކޯޓުގައި ދަޢުވާ އުފުލިއެވެ.
6އިސްތިއުނާފުކުރ ފަރާތުގާ މައްޗަށް މާލެއަތޮޅު ހިންމަފުށީ މެޖިސްޓްރޭޓު ކޯޓުގައި ކުޅަ ދަޢުވާއާ ގުޅިގެން ޤާނޫނު ނަންބަރ 2021/32 )މަދަނީ އިޖުރާއަތުގެ ޤާނޫނ(ގ )މީގެ ފަހުން "މަދަނީ އިޖުރާއަތުގެ ޤާނޫނު"( 101 ވަން މާއްދާގަ )ށ(ގެ ދަށުން ކޯޓުގެ އިޚްތިޞާޞްއާ މެދު އިސްތިއުނާފުކުރާ ފަރާތުން އިޢުތިރާޒެއް ހުށަހެޅިއެވެ.ކޯޓުގެ އިޚްތިޞާޞްއާމެދު ސުވާލު އުފައްދާ ސަބަބުގެ ގޮތުގައި އިސްތިއުނާފުކުރާ ފަރާތުން ބަޔާންކޮށްފައިވަނ "ދަޢުވާލިބޭ ފަރާތަކީ ވިލިމާލޭގައި ދިރިއުޅޭ ފަރާތަކަށްވާތީ، މި މައްސަލަ ކ.ހިންމަފުށީ މެޖިސްޓްރޭޓް ކޯޓުގައި ކުރިއަށްދާނަމަ، އެ ކަމަކީ ދަޢުވާލިބޭ ފަރާތަށް މައްސަލައާ ގުޅޭގޮތުން ކޯޓަށް ޙާޟިރުވުމަށާއި މައްސަލައާ ގުޅޭ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް ދަތިތަކެއް ކުރިމަތިވެގެންދާނ "ގ.ފީރޯޒްލޮޖް ދޮންއާދަމް ފުޅާއި ތ.ބުރުނީ ރޯޝަނީވިލ މުޙައްމަދާ ލަޠީފް އާއި ދެމެދު ވެވޭ އެއްބަސްވުން"ގ 6 ވަނަ މާއްދާ )30 ދުވަސް ގުނުމުގައި ހުކުރު ދުވަސް ނުހިމެނޭކަމަށް ބަޔާންކުރެއެވެ.( މިފަދައިން ބަޔާންކުރަނީ "ގ.ފީރޯޒްލޮޖް ދޮންއާދަމް ފުޅާއި ތ.ބުރުނީ ރޯޝަނީވިލ މުޙައްމަދާ ލަޠީފު އާއް ދެމެދި ވެވޭ އެއްބަސްވުން"ގެ 7 ވަނަ މާއްދާ ގައެވެ. އަދި މަސައްތުގެ އަގަކީ 100,000/-ރ. )އެއްލައްކަ ރުފިޔާ ( ކަމުގައި މި އެއްބަސްވުމުގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވެއެވެ. މިކަން 5 ސެޕްޓެންބަރު 2022ގައި މާލެއަތޮޅު ހިންމަފުށީ މެޖިސްޓްރޭޓް ކޯޓަށް އިސްތިއުނާފު ރައްދުވާ ފަރާތުން ހުށަހެޅި "އިޚްތިލާފު އޮންނަ ބާވަތުގެ ދަޢުވާ ހުށަހަޅާ ފޯމު" )ފޯމް 1( އިން އެނގެއެވެ. އިސްތިއުނާފުކުރާ ފަރާތުން 29 ސެޕްޓެންބަރު 2022ގައި ހުށަހަޅާފައިވި "ކޯޓުގެ އިޚްތިޞާޞްއާ މެދު އިޢުތިރާޒުކުރާ ފޯމު" )ފޯމު 3( ކަމެކެވެ. އެހެންކަމުން ދަޢުވާލިބޭ ފަރާތުން އެދެނީ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 47 ވަނި މާއްދާގަ )ހ( އަށް ރިޢާޔަތްކޮށްދެއްވައ، މި މައްސަލަ ތިޔަ ކޯޓުގައި ކުރިއަށް ނުގެންދެވޭނެ ކަމުގައި ކަނޑައަޅުއްވައި ދެއްވުމަށެވެ." މިފަދައިންނެވެ.
7އިސްތިއުނާފުކުރާ ފަރާތުގެ މި ހުށަހެޅުމާއި ގުޅިގެން 17 ނޮވެންބަރު 2022 ގައި މާލެއަތޮޅު ހިންމަފުށީ މެޖިސްޓްރޭޓް ކޯޓުގައި އަޑުއެހުމެއް ބޭއްވުނެވެ. އަދި ކޯޓުގެ އިޚްތިޞާޞްއާމެދު 20 ޑިސެންބަރު 2022ގައި މާލެއަތޮޅު ހިންމަފުށީ މެޖިސްޓްރޭޓު ކޯޓުން ގޮތެއް ނިންމާފައިވެއެވެ. މާލެއަތޮޅު ހިންމަފުށީ މެޖިސްޓްރޭޓް ކޯޓުން އިޚްތިޞާޞްއާމެދު ނިންމި ގޮތް
8އިސްތިއުނާފުކުރާ ފަރާތުން ހުށަހެޅި އިޢުތިރާޒާއ ގުޅިގެނި މާލެއަތޮޅު ހިންމަފުށާމެޖިސްޓްރޭޓ ކޯޓުން ނިންމާފައިވަނީ އިސްތިއުނާފު ރައްދުވާ ފަރީތުން މާލެއަތޮޅު ހިންމަފުށީ މެޖިސްޓްރޭޓު ކޯޓަށް ހުށަހެޅި މައްސަލީ ބެލުން އެންމެ އަވްލާކަން ލިބިގެންވާ ޝަރުއީ ދާއިރާގެ މެޖިސްޓްރޭޓް ކޯޓަކީ މާލެއަތޮޅު ހިންމަފުށީ މެޖިސްޓްރޭޓް ކޯޓުކަމަށް ބުރަވެވޭތީ، އެ މައްސަލަ ބެލުމުގެ އިޚްތިޞާޞް މާލެއަތޮޅު ހިންމަފުށީ މެޖިސޓްރޭޓ ކޯޓަށް ލިބިގެންވާކަމުގައެވެ.
9މި ނިންމުން ބިނާކޮށްފައިވަނީ އަންނަނިވި ސަބަބުތަކުގެ މައްޗަށްކަން މާލެއަތޮޅު ހިންމަފުށީ މެޖިސްޓްރޭޓް ކޯޓުގެ "އިޚްތިޞާޞްއާމެދު ނިންމު ގޮތް" މި ނިންމުމުން އެނގެއެވެ.
9.1 މަދަނީ އިޖުރާއަތުގެ ޤާނޫނުގެ ކޯޓުތަކުގެ ސަރަޙައްދީ އިޚްތިޞާޞް ބަޔާންކުރާ އެ ޤާނޫނުގެ 47 ވަނަ މާއްދާގެ )ހ( ގައި ބަޔާންވެގެންވަނީ ޢާންމު އުޞޫލުކަމާއި، އަދި މިއީ މީހެއްގެ މައްޗަށް ދަޢުވާ އުފުލާއިރު އެ މީހަކު ފެށުނީއްސުރެ ދިރިއުޅޭ ތަން ނިސްބަތްވާ ޝަރުޢީ ދާއިރާގެ ކޯޓެއް ހުއްޓައި، ދުރު ދާއިރާއެއްގެ ކޯޓެއްގައި ދަޢުވް އެއް އުފުލައިގެން އެ މީހަކު ގެންދިޔުމުގެ ބަދަލުގައި އޭނާ އެހުރރަށ "ފުރަތަމަ މަރުޙަލާގެ ކޯޓުތަކާއި ޓްރައިބިއުނަލްތަކުން ނިންމާ ނިން މުންތައ އިސްތިއުނާފު ކުރުމަށް އެދި ހުށަހަޅާ ފޯމު" އާއެކު އެގްޒިބިޓް 5ގެ ގޮތުގައި އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާފައިވާ "ކ.ހ ންމަފުށ މެޖިސްޓްރޭޓް ކޯޓުގައި 17 ނޮވެމްބަރު 2022 ގައި ބޭއްވުނު އަޑުއެހުމުގެ މަޙްޟަރު ބަޔާންތައް" ނުވަތަ އޭނާ ފެށުނީއްސުރެ ދިރިއުޅޭ ތަން ނިސްބަތްވާ ޝަރުއީ ދާއިރާގެ ކޯޓުގައި ދަޢުވާ އުފުލަން އޮންނަ ޢާންމު އުޞޫލުކަން.
9.2 މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 47 ވަނަ މާއްދާގެ )ހ( ގައި އެހެން އޮތްނަމަވެސް، ދިރިއުޅޭ ތަން ނިސްބަތްވާ ޝަރުއީ ދާއިރާގެ ކޯޓުގައި ދަޢުވާ އުފުލުމުގެ ބަދަލުގައި ދަޢުވާކުރާ ފަރާތަށް ދަޢުވާ އުފުލިދާނެ ކޯޓުތައް ބަޔާންކުރާއިރު، އެ މާއްދާގެ )ރ(ގ )1( ވަނަ ނަންބަރު ގައާ ކޮންޓްރެކްޓާގުޅޭ މައްސަލައެއްނަމަ، އެ ކޮންޓްރެކްޓުގެ އެންމެ އަސާސީ އިލްތިޒާމުތައް އަދާކުރަންޖެހޭ ތަން ނިސްބަތްވާ ޝަރުއީ ދާއިރާގެ ކަމާބެހޭ ކޯޓު ހިމެނިފައިވާކަން.
9.3 ދެ ފަރާތް ދެމެދު ކޮންޓްރެކްޓްކޮށްފައިވަނީ ކ.ހިންމަފުށީގައި ހުރި 3 )ތިނެއް( ގެއެއް ހިޔާކުރުމަށ ކ.ހިންމަފުށީގައް ކަމަށްވެފައި،މައްސަލައިގެ ހެކިން ތިބީ ކ.ހިންމަފުށީގައިކަނ އެއްބަސްވުމުން އެނގޭކަމާއި، މި މައްސަލައަކީ ސާބިތު ދަރަނީގެ މައްސަލައަކަށްނުވުމާއި، އެއްބަސްވުން އުފެދުނުއިރު އިސްތިއުނާފުކުރާ ފަރާތާއި އޭނާގެ އަނބިދަރިންނާއި މުދަލާއިއެކު މަސް އްކަތްކޮށަ އުޅުން ކ.ހިންމަފުށީގައިކަމަށް އިސްތިއުނާފު ރައްދުވާ ފަރާތުން ބުނާ ބުނުމަށް އިސްތިއުނާފުކުރާ ފަރާތުނ އިންކާރުކޮށްފައިނުވާކަން.
9.4 ގެއްލުން ލިބެނިވި ހާދިސާ ހިނގާފައިވާ 3 )ތިނެއް( އިމާރާތާއި، ކޮންޓްރެކްޓުގެ ހެކިންވެސް ތިބީ ކ.ހިންމަފުށީގައ ކަމަށްވުން.
އިސްތިއުނާފު ކުރުމަށް ހުށަހެޅި ނުކުތާތައް
10މާލެއަތޮޅު ހިންމަފުށީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރ 44/H6C/2022 ޤަޟިއްޔާއި ގުޅިގެނާ އެ ކޯޓުން ނިންމާފައިވާ "އިޚްތިޞާޞް އާމެދު ނިންމި ގޮތް" ނިމިފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއެއްގޮތ ނުވާކަމަށެ ބުނެއ ނިންމުން އިސްތިއުނާފުކުރުމަށ އެދީ އިސްތިއުނާފުކުރާ ފަރާތް ހ ށަހަޅާފައިވަނ އަންނަނިވ 02 )ދޭއް( ނުކުތާއެވެ. އެގޮތުން ހުށަހަޅާފައިވާ ނުކުތާތަކަކީ:
10.1 މާލެއަތޮޅު ހިންމަފުށު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރ 44/H6C/2022 ޤަޟިއްޔާއާ ގުޅިގެން އެ މައްސަލައިގެ ދަޢުވާލިބޭ ފަރާތަކީ ވިލިމާލޭގައި ދިރިއުޅޭ ފަރާތެއްކަމަށް ބަޔާންކޮށް މަދަނީ އިޖުރާއަތުގެ ޤާނޫގ 47 ވަން މާއްދާގަ )ހ( އަށް ރިޢާޔަތްކޮށް، މައްސަލަ ބެލުމުގެ އިޚްތިޞާޞް އ ކޯޓަށެ ލިބިގެންނުވާކަމަށް ކަނޑައަޅައިދިނުމަށް އެދި މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 102 ވަނަ މާއްދާގެ )ށ(ގެ )3( ވަނަ ނަންބަރުގެ ދަށުން ހުށަހެޅި ހުށަހެޅުމާ ގުޅިގެން، އެ ކޯޓަށް މައްސަލަ ބެލުމުގެ އިޚްތިޞާޞް ލިބިގެންވާކަމަށް ނިންމާފައިވަނީ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 5 ވަނަ މާއްދާއާ ޚިލާފަށް، މައްސަލައިގައި ހުށަހެޅުނު ކަންކަމަށް ރިޢާޔަތްކުރުމަކާ ނުލައި ފަނޑިޔާރުގެ އަމިއްލަ ޢިލްމަށް ރިޢާޔަތްކޮށް، ވަކި ފަރާތަކަށް ބުރަވެ، އަދި މައުޟޫޢީ ގޮތުނ މައްސަލައިގެ ވާޤިއާތަކަށް ރިޢާޔަތްކޮށް ބެލުމަށް ފަހުގައިކަމަށ ބުން ހުށަހެޅި ނުކުތާއާއި،
10.2 ކ.ހިންމަފުށު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރ 44/H6C/2022 ޤަޟިއްޔާގައި، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 47 ވަނަ މާއްދާގެ )ރ( ގެ 1 ވަން ނަންބަރަށް ރިޢާޔަތްކޮށް، މައްސަލަ ބެލުމުގެ އިޚްތިޞާޞް އެ ކޯޓަށް ލިބިގެންވާކަމަށް ކަނޑައަޅާފައިވަނީ، އިސްވެ ޙަވާލާދިން މާއްދާގައި ބަޔާންކޮށްފައިވާ އެންމެހާ ކަންކަމާއި އިސްތިއުނާފުކުރި ފަރާތުން ފާހަގަކޮށްފައިވާ އެންމެހާ ކަންކަމަށް ރިޢާޔަތްނުކޮށް، ހަމައެކަނި އިސްތިއުނާފު ރައްދުވާ ފަރާތުން ފާހަގަކުރި ކަންކަމަށް ރިޢާޔަތްކޮށްގެންކަމަށ ބުނެ ހުށަހެޅި ނުކުތާއެވެ.
11ފުރަތަމް އިސްތިއުނާފަ ނުކުތާ ތަފްޞީލުކުރަމުން އިސްތިއުނާފުކުރާ ފަރާތުނީބުނެފައވަނިކޯޓުގެ އިޚްތިޞާޞްއާ މެދާ ހުށަހެޅު އިޢުތިރް އޒ ގުޅިގެނި 17 ނޮވެންބަރު 2022 ގައި ބޭއްވި އަޑުއެހުމުގައި އިސްތިއުނާފުކުރ ފަރާތަކާ ކ.ހިންމަފުށީގައި ދިރިއުޅޭ ފަރާތެއްކަން ފަނޑިޔާރުގެ އަމިއްލަ ޢިލްމަށުބަރޯސާވެ، އެ މޭރުމުން އިސްތިއުނާފުކުރާ ފަރާތާއި ސުވާލާކުރިމަތކުރުވާފައިވި ކަމަށާއި،އެ މޭރުމުން މައްސަލައިގައި ވާހަކަދައްކާފައިވާކަން އެ ދުވަހުގެ ޝަރީޢަތުގެ މަޙްޟަރު ބަޔާންތަކުން އެނގޭނި ކަމަށާއި،އެ އަޑުއެހުމުގައި އިސްތިއުނާފުކުރާ ފަރާތުގާ އަންހެނުންނަކީ ކ.ހިންމަފުށީގައި ދިރިއުޅޭ އަދި އެ ރަށުގައި ވަޒީފާއަދާކރ ފަރާތެއްކަމުގައި ފަނޑިޔާރު ފާހަގަކުރައްވައި ވާހަކަ ދެއްކެވިކަމަށާއި، އެފަދައިން ފަނޑިޔާރު ވިދާޅުވެފައިވަނީ މައްސަލައިގެ ޚަޞްމުންގެ ފަރާތުން އެކަން ފާހަގަކޮށްފައިނުވަނީސް، ފަނޑިޔާރުގެ އަމިއްލަ ޢިލްމާއި ވިސްނުމަށް ރިޢާޔަތްކޮށްގެންކަމަށެވެ. އަދި "...އިމް ރާތް ހިޔާކުރުމަށް ހަވާލުވި މުއްދަތު ހަމަވިއިރުވެސް މުޙައްމަދާ ލަޠީފު އަޅާނުލާ އެއްވެސް ކަމެއްނުކޮށް ހިޔާނުކޮށް އަތްވާ ވާރެއަށް ދޫކޮށްލާފައި ހުރުމުގެ ސަބަބުނ ގެއްލުން ލިބެނިވި މި ހާދިސާ ހިނގާފައިވާ 3 އިމާރާތް ކ.ހިންމަފުށީ ބިމުގައި ހުރިއިރު..." މިފަދައިން ބްޔާންކޮށ ނިންމުން ނިންމާފައިވުމުން ފަނޑިޔާރުގެ އަމިއްލަ ޢިލްމަށް ބަރޯސާވެ، ވަކި ފަރާތަކަށް ބުރަވެފައިވާކަނ އެނގެން އޮންނަކަމަށާއި، މިކަންކަމ ޤާނޫނު ނަންބަރ 2010/13 ) ދިވެހިރާއްޖގޭ ފަނޑިޔާރުންގެ ޤާނޫނު ( )މީގެ ފަހުން "ފަނޑިޔާރުންގެ ޤާނޫނު"(ގ 5 ވަނަ މާއްދާގައި މައްސަލަ ބެލުމުގައި ފަނޑިޔާރު ރިޢާޔަތްކުރަންޖެހޭ ކަންކަން ބަޔާންކޮށްފައި އޮންނަ އުޞޫލާ ޚިލާފަށް ނިންމާފައިވާ ނިންމުމެއްކަމުގައި އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވެއެވެ.
12ދެވަނަ އިސްތިއުނާފީ ނުކުތާގެ ތަފްޞީލުގައި އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވަނީ ޢާންމު އުޞޫލަކީ މަދަނީ ދަޢުވާއެއް ބެލުމުގެ ސަރަޙައްދީ އިޚްތިޞާޞް ލިބިގެންވާ ކޯޓަކީ ދަޢުވާލިބޭ ފަރާތް ޢާންމު ގޮތެއްގައި ދިރިއުޅޭ ތަން ނިސްބަތްވާ ޝަރުޢީ ދާއިރާގެ ކޯޓު ކަމުގައި މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 47 ވަނި މާއްދާގެ )ހ( ގައި ބަޔާންކޮށްފައވާކަމަށާއި،މި މާއްދާގެ )ރ( ގައި ބަޔާންކޮށްފައިވަނީ އިސްތިސްނާ ޙާލަތާކަމަށާއި، މި މައްސަލައަކީ ފައިސާ ހޯދުމަށް ހުށަހަޅާފައިވާ މައްސަލައެއްކަން މައްސަލައިގެ ދަޢުވީ ފޯމުން އެނގެންއޮތްއިރު، މިއީ ޢާންމު މަދަންމައްސަލައެއްކަމަށާއި، އިޚްތިޞާޞްއާބެހޭ ޢާންމު މާއް ދާ މ މައްސަލައަށް ވަދެގެންދާނެކަމަށެވެ. އެހެންކަމުން މަދަނީ އިޖުރާއަތުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ އިސްތިސްނާ ޙާލަތްތަކުގެ ތެރެއިން ޙާލަތަކަށް ޙަވާލާދީ، މައްސަލަ ނިންމާފައިވަނީ އެ މާއްދާގެ ޢާންމު މަޤްޞަދާއި ޚިލާފަށްކަމަށެވެ.
13އިސްތިއުނާފުކުރާ ފަރާތނު އެދިފައިވަނީ "ކ.ހިންމަފުށީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރ 44/H6C/2022 ޤަޟިއްޔާ އެ ކޯޓުގައި ކުރިއަށް ގެންދެވޭނެކަމަށް އެ ކޯޓުން ނިންމަވާފައިވާ ނިންމުން ބާޠިލުކޮށްދެއްވައި، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 47 ވަނަ މާއްދާގެ )ހ( އަށް ރިޢާޔަތްކޮށްދެއްވައ މައްސަލި ބިލުމުގެ އިޚްތިޞާޞް އެ ކޯޓަށް ލިބިގެންނުވާކަމަށް ކަނޑައަޅައިދެއްވައ، މައްސަލެ ބެލުމުގެ އިޚްތިޞާޞް ލިބިގެންވާ ކޯޓަކީ ސިވިލް ކޯޓުކަމުގައ ކަނޑައަޅުއްވައިދެއްވައި މައްސަލި ނިންމަވައިދެއްވުމަށެވ" މިފަދައިންނެވެ.
އިސްތިއުނާފީ ނުކުތާތަކުގެ ރައްދު
14ފުރަތަމް އިސްތިއުނާފަ ނުކުތާގެ ޖަވާބުގައި އިސްތިއުނާފު ރައްދުވާ ފަރާތުނ ފާހަގަކޮށްފައިވަނީ މާލެއަތޮޅު ހިންމަފުށިމެޖިސްޓްރޭޓ ކޯޓުގް އިޚްތިޞާޞްއާ މެދު ނިންމި ގޮތުގައި މައިގަނޑު ގޮތެއްގައި ބަޔާންކުރަން އިޚްތިޞާޞް ނެތްކަމަށް ކަނޑައަޅައި ދިނުމަށް އެދި އިސްތެ އުނާފުކުރާ ފަރާތުން ހުށަހަޅާފައިވާ ސަބަބުތަކަކީ މައްސަލާ ބެލުމަށް ކޯޓުގެ އިޚްތިޞާޞް ގެއްލޭފަދަ ސަބަބުތަކެއް ނޫންކަމަށާއި، މި މައްސަލަ ބެލުމުގެ އިޚްތޞާޞި މެޖިސްޓްރޭޓް ކޯޓަށް ލިބިގެންނުވާކަމަށް ބަޔާންކޮށް އިސްތިއުނާފުކުރާ ފަރާތުން ހަވާލާދީފައިވާ މަދަނީ އިޖރާއަތުގ ޤާނޫނުގެ 47 ވަނަ މާއްދާގަ )ހ( ގައި ބަޔާންކުރަނީ ޢާންމު އުޞޫލުކަމަށެވެ. އިސްތިއުނާފުކުރ ފަރާތަކާ ކ.ހިންމަފުށީގައި ދިރިއުޅޭ މީހެއްކަމަށް ފަނޑިޔާރުގެ އަމިއްލަ ޢިލްމަށް ބަރޯސާވެ، އެ މޭރުމުން އިސްތިއުނާފުކުރާ ފަރާތާއި ފަނޑިޔާރު ސުވާލުކޮށްފައިވާކަމަށް އިސްތިއުނާފުކުރާ ފަރާތުނ ބުނާއިރު، އެ ކަންކަމީ މައްސަލައިގައި ގޮތެއް ކަނޑައެޅުމަށް ފަނޑިޔާރު ރިޢާޔަތްކޮށްފައިވ ކަމެއްނޫންކަމަށާއި، ފަނޑިޔާރު ނިންމުން ނިންމުމުގައި ޚިލާފުވެފައިވަނީ ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ ކޮން ނަންބަރަކާއިކަމާއި، އަދި ޚިލާފުވި ގޮތެއް އިސްތިއުނާފުކުރާ ފަރާތަށް ބަޔާންކޮށްދެވިފައިނުވާކަމުގައ އިސްތިއުނާފި ރައްދުވު ފަރާތުން ބުނެފައިވެއެވެ.
15ފުރަތަމަ އިސްތިއުނާފީ ނުކުތާގެ ޖަވާބުގައި އިސްތިއުނާފު ރައްދުވާ ފަރާތުން ފާހަގަކޮށްފައިވަނީމަދަނީ އިޖުރާއަތުގެ ޤާނޫނުގެ ޢާންމު އުޞޫލަކީ ދަޢިވާލިބޭ ފަރާތް ޢާންމު ގޮތެއްގައި ދިރިއުޅޭ ތަން ނިސްބަތްވާ ޝަރުޢީ ދާއިރާގެ ކޯޓަށް މައްސަލަ ހުށަހެޅުންކަމުގައީ ވީނަމަވެސް، ވަކި ޚާއްޞަ ޙާލަތްތަކުގައި އެ ނޫން ދާއިރާގެ ކޯޓަކަށް މައްސަލަ ހުށަހެޅުމުގެ އިޚްތިޔާރު މައްސަލަ ހުށަހަޅާ ފަރާތަށް ލިބިގެންވާކަން މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 47 ވަނަ މާއްދާއިން ސާފުކޮށް އެނގޭކަމާއި، ދެ ފަރާތް ދެމެދު ހިނގާފައިވާ މައްސަލައަކީ ކޮންޓްރެކްޓާ ބެހޭ މައްސަލައެއްކަން ކަނޑައެޅިގެން އެނގޭއިރު، މިއީ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 47 ވަނަ މާއްދާގެ )ރ(ގައި ބަޔާންކުރާފަދަ ޚާއްޞަ ޙާލަތެއް އ ތ މައްސަލައެއްކަމެވެ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރ 2019/SC-L/91 އިބްރާހީމް ޖިހާދު ވ. ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްޤަޟިއްޔާއަށް ޙަވާލާދީ، އިސްތިއުނާފި ރައްދުވާ ފަރާތުން ބުނެފައިވަނީ ފަނޑިޔާރް ގޯހެއް ހަދާފައިވާކަމަށް ހަމައެކަނި ބުން ބުނުމަކުން، ނުވަތަ ދެއްކި ވާހަކަތަކަށް ރިޢާޔަތްކޮށްފައިނުވާކަމަށް ބުނާ ބުނުމަކުން އެ މައްސަލަ އިސްތިއުނާފުކުރުމަށ ޤާނޫނު ނަންބަރު 2010/22 )ދިވެހިރާއްޖޭގ ކޯޓުތަކުގެ ޤާނޫނ(ގެ 43 ވަނަ މާއްދާއިން ހުއްދަކުރާ މިންގަނޑު ސާބިތުނުވާކަމަށާއި، އަދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރ 2022/SC-A/51 ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ އޚމްޤަޟިއްޔާއިނ ދަށް ކޯޓުގު ފަނޑިޔާރަކު ނިންމާ ނިންމުމަކަށް އިސްތިއުނާފީ ކޯޓަކުން ވަންނަންވާނެ ޙާލަތްތައް ބަޔާންކޮށްފައިވާއިރު، އެފަދަ ޙާލަތެއް އިސްތިއުނާފަށް ހުށަހެޅިފައިވާ އިސތިއުނާފުކޮށްފައިވ ނިންމުމުގައި ވާކަން އިސްތިއުނާފުކުރާ ފަރާތަށް ސާބިތުކޮށްދެވިފައިނުވާކަމަށެވެ.
16އިސްތިއުނާފު ރައްދުވާ ފަރާތުން " މާލެއަތޮޅު ހިންމަފުށީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރ 44/H6C/2022 ޤަޟިއްޔާ ބެލުމުގެ އިޚްތިޞާޞް އެ ކޯޓަށް ލިބިގެންވާކަމަށް ކަނޑައަޅާފައިވަނީ ޤާނޫނާ އެއްގޮތަށްކަމަށް ކަނޑައަޅައިދެއްވައި، އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާފައިވާ މި މައްސަލައިގައ އިސްތިއުނާފުކުރުމަށްޓަކައި ގިރާކުރަންޖެހޭ ޤާނޫނީ އޮޅިގަނޑު އިސްތިއުނާފުކުރާ ފ ރާތަށް ގިރާކުރެވިފައިނުވާކަން ކަނޑައަޅައިދެއްވައި، މާލެއަތޮޅު ހިންމަފުށީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރ 44/H6C/2022 ޤަޟިއްޔާއާ ގުޅިގެންނިންމާފައިވާ ނިންމުމަށް ބަދަލު ގެންނަންޖެހޭ ފަދަ ސަބަބެއް ނުވަތަ ޤާނޫނަ އަސާސެއް ން ތްކަމަށް ކަނޑައަޅައިދިނުމަށެވެ" މިފަދއިނ މައްސަލް ނިންމުމަށް އެދިފައިވެއެވެ. ޝަރީޢަތަށް ފާހަގަކުރެވޭ ކަންކަން ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާއާ ޚިލާފަށް ނިންމުން ނިންމާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ
17ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާ އަށް ޙަވާލާދީ، އިސްތިއުނާފުކުރާ ފަރތުނާ ބުނެފައިވަނީ ދަށު ކޯޓުގައި 17 ނޮވެންބަރު 2022 ގައި ބޭއްވުނު އިބްތިދާއީ އަޑުއެހުމުގައި ފަނޑިޔާރުގެ އަމިއްލ ޢިލްމަށިބަރޯސާވެ، އެ މޭރުމުން ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވާކަމަށާއި، އިސްތިއުނާފުކުރާ ފަރާތުގެ އަނބިމީހާއަކީ ކ.ހިންމަފުށީގައި އުޅޭ މީހެއްކަމުގައި ފަނޑިޔާރު ފާހަގަކޮށްފައިވަނީ މައްސަލައިގެ ޚަޞްމުން ކުރެ މީހަކު އެ ވާހަކަ ފާހަގަކޮށްފައިނުވަނީސްކަމަށްވެފައި، ފަނޑިޔާރުގެ އަމިއްލަ ޢިލްމަށު ބަރޯސާވެ، މައްސަލައިގެ ވަކި ފަރާތަކަށްބުރަވެފައިވާކަނ ފާޅުކަން ބޮޑް ގޮތެއްގައި އެނގެން އޮތުމުން، އެއީ ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގައި މައްސަލަ ބެލުމުގައި ފަނޑިޔާރުން ރިޢާޔަތްކުރަންޖެހޭ ކަންކަން ބަޔާންކޮށްފައި އޮންނަ އުޞޫލާއި ޚިލާފަށް ނިންމާފައިވާ ނިންމުމެއްކަމަށެވެ.
18ދިވެހިރާއްޖޭގެ ފ ނޑިޔާރުންގެ ޤާނޫނގ 5 ވަނަ މާއްދާގެ )ހ( ގައިވަނީފަނޑިޔާރުން ނިންމުންތައް ނިންމުމުގައި ޢަމަލުކުރަންވާނެ މަސްދަރުތކެވެ. އެއް ޤާނޫނުއަސާސީއާއި ޤާނޫނެވެ. އަދި ޤާނޫނުއަސާސީއާއި ޤާނޫނުގައި ވަކިގޮތަކަށް ކަނޑައަޅާފައިނުވާ ކަންކަން ނިންމުމުގައި އިސްލާމް ޝަރީޢަތގައު އެކަމެއް ކަނޑައަޅާފައިވާ ގޮތަށް ފަނޑިޔާރުން ރިޢާޔާތްކުރުމެވެ.
19ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަން މާއްދާގަ )ށ( ގައިވަނީ ފަނޑިޔާރުންގެ މަސްޢޫލިއްޔަތު އަދާކުރުމުގައި މައްސަލައިގެ ހުށަހެޅިފައިވާ ހެއްކާއި ޤަރީނާއާއި، މައްސަލައާ އެއްފަދަ އެހެނ މައްސަލަތަކުގައި އެ ކޯޓުން ކުރިން ކޮށްފައިވާ ޙުކުމް ނުވަތަ އެ ކޯޓަށް ވުރެ މަތީ ކޯޓަކުން ކޮށްފައިވާ ޙުކުމަށް ރިޢާޔަތްކުރަންވާނެކަމުގައެވެ. މީގެ އިތުރުން ފަނޑިޔާރުން މަސްޢޫލިއްޔަތު އަދާކުރުމުގައި ވަކި ފަރާތަކަށް ނުޖެހުމާއި، ވަކި ފަރާތެއްގެ ނުފޫޒަށް ނުލެނބުމެ އާ، ވަކި ފަރާތަކުން ދައްކަފާނެ ބިރަކަށް ޖެހިލުންނުވުމާއި ތަޢައްޞުބުން އެއްކިބާވުމަށް މި ޤާނޫނުގެ 5 ވަނަ މާއްދާގެ )ށ( ގައި ބަޔާންކުރެއެވެ.
20HN1ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާއަށް ޙަވާލާދީ، ފަނޑިޔާރުންގެ ކުރިމައްޗަށް ހުށަހެޅ ހެއްކާއި ޤަރީނާއަށް ރިޢާޔަތްކޮށްފައިނުވާކަމަށް ބުނާނަމަ، ފަނޑިޔާރުން ރިޢާޔަތްކޮށްފައިނުވާ ޤާނޫނީ ކޮން ނުކުތާއަކާ ގުޅިގެން ހުށަހަޅާފައިވާ ކޮން ހެއްކަކަށްކަން ބުނެދިނުމަކީ އެހެން ބުނާ ފަރާތެއްގެ ޒިންމާއެއްކަމުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގް އެޓަރނީ ޖެނު ރަލްގެ އޮފީސް ވ. އިސްމާޢީލް ޢަބްދުލްޙަމީދު ޤަޟިއްޔާގައި ފާހަގަކުރެއެވެ. މީގެ އިތުރުން ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނި މާއްދާގައި އިޝާރާތްކުރަނީ ފަނޑިޔާރުންގެ ޢަމަލުތައް ބަހައްޓަންޖެހޭ ގޮތަށް ކަމުގައިވާއިރު، ފަނޑިޔާރުން ހެކި ވަޒަންކުރިގޮތް ޤާނޫން އުސޫލަކީ ޚި ލާފުވާނަމަ، ޚިލާފުވެފައިވަނީ ހެކި ވަޒަންކުރުމުގެ ކޮން އުޞޫލަކާކަން ބުނެދޭންވާނެކަމާއި، ފަނޑިޔާރެއްގެ ޢަމަލު ނުވަތަ ސުލޫކާ ގުޅޭ މާއްދާތަކާއި، މައްސަލައެއްގައި ތަޠުބީޤުކުރަންޖެހޭ ފަންނީ ޤާނޫނީ އުޞޫލެއް ފަނޑިޔާރު ތަޠުބީޤުނުކުރެވުން ނުވަތަ ނުބައިކޮށް ތަޠުބީޤުކރެވުމަކީ މުޅިން ތަފާތު ދެ ކަމެއްކަމުގައި ދިވެހިރާއްހޭގެ ސުޕްރީމް ކޯޓުގެ ފެކްޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ވ. ދިވެހި ދައުލަތް )މޯލްޑިވްސ ޕޮލިސް ސަރވިސް( ޤަޟިއްޔާގެ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔުގެ 17 ވަނަ ޕެރެގްރާފްގައި ފާހަގަކުރައްވައެވެ.
21HN2މާލެއަތޮޅު ހިންމަފުށީ މެޖިސްޓްރޭޓް ކޯޓުގައި 17 ނޮވެންބަރު 2022 ގައި ބޭއްވުނު އިބްތިދާއީ އަޑުއެހުމުގައި ފަނޑިޔާރް އަމިއްލަ އިސްނެގުމަށް ދެ ފަރާތުން ކުރަ ފަރާތަކުނި ފާހަގަކޮށްފައިނުވާ ކަންކަން އަމިއްލަ އިސްނެގުމަކުން ފާހަގަކޮށް، އިސްތިއުނާފުކުރާ ފަރާތާއްސުވާލުތައް ކުރިމަތކުރުވާފައިވާކަންއެނގެއެވެ. މިކަން ހިނގި ގޮތަށް ބެލުމުން ފަނޑިޔާރުގެއަމިއްލަ ޢިލްމަށް، އަދި ކޯޓުން ބޭރުގައި ލިބިފައިވާ މަޢުލޫމާތަށް ބިނާކޮށް ޝަރީޢަތުގައި ވާހަކަދައްކާފައިވި ކަމުގައި ބެލުމުގެ ފުރުޞަތު އެބައޮތެވެ. އެހެނަސް، މ 2019/SC-A/58 ޤަޟިއްޔާގެ 19 ވަނަ ޕެރެގްރާފް 2019/SC-A/98 މައްސަލައިގް އ އިޚްތިޞާޞްއާމެދު ނިންމި ގޮތަށް ފަނޑިޔާރު ވާސިލުވެފައިވަނީ އިސެ ތިއުނާފުކުރާ ފަރާތުނ ކޯޓުގެ އިޚްތިޞާޞްއާމެދު ސުވާލު އުފައްދާ ހުށަހަޅާފައިވާ ސަބަބުތަކުގެ މައްޗަށް، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 47 ވަނަ މާއްދާގެ )ރ( ތަޠުބީޤުކޮށެވެ. އެހެނީ ޚުޞމާތޫ އުފެދިފައާ ވ މުޢާމަލާތަކާ ކޮންޓްރެކްޓާއި ގުޅޭ މުޢާމަލާތަކަށްވާތީ، މަދަނީ އިޖުރާއަތުގެ ޤާނޫނުގައި ސަރަހައްދީ އިޚްތިޞާޞްގެ ޚާއްޞަ މާއްދާ އެކަމަށް ތަޠުބީޤުކޮށެވެ. އެހެންކަމުން،އިބްތިދާއީ އަޑުއެހުމުގައި ފަނޑިޔާރު ކުރިމަތިކޮށްފައިވާ ސުވާލުތަކަކީ، މި މައްސަލައިގެ ނިންމމަށު ފަނޑިޔާރް ވާސިލުވެފައިވާ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 47 ވަނަ މާއްދާގެ )ރ( ތަޠުބީޤުކުރިކުރުމަކަށ ނުވަތް ޤާނޫނަ ނިންމުމަށް ވާސިލުވުމުގެ މިސްރާބާއ ގުޅި ސުވާލުތަކެއްނޫންކަމުނ، އެސުވާލުތަކުނ ފަނޑިޔާރް ނިންމު ނިންމުމަށް އަސަރުކުރާނެފަދަ ސބަބެއ އޮތްކަމުގައި ނުދެކެމެވެ. މި މަރުޙަލާގައި ބަލަންވާނީ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 47 ވަނަ މާއްދާ މި ނިންމުމަށް ތަޠުބީޤުކުރިކުރުމުގައ ޤާނޫނާއި ޚިލާފުވެފައިވޭތޯ ނުވަތަ އޭގެ ޤާނޫނީގޮތުން ގޯހެއް ހަދާފައިވޭތޯއެވެ. މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 47 ވަނި މާއްދާގަ ) ރ( ފަނޑިޔާރު ތަޠުބީޤުކުރުމުގައ ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާއާ ފަނޑިޔާރު ޚިލާފުވިގޮތެއް، އަދި މައްސަލައިގެ ހެއްކާއި ޤަރީނާއަށް ރިޢާޔަތްކޮށްފައިނުވާނަމަ، އެ ހެއްކެއް ނުވަތަ ޤަރީނާއެއް، ނުވަތަ މިމައްސަލައިގ ވާޤީއތުތައ އެއްގޮތް މަތީ މަރުޙަލާގެ ކޯޓުގެ ނިންމުމަކާ ފަނޑިޔާރުގެ ނިންމުން ޚިލާފުވާނަމަ ނުވަތަ ތަޢާރުޒުވާނަމަ، އެކަމެއް އިސްތިއުނާފުކުރާ ފަރާތުން ފާހަގަކޮށްފައެއްނުވެއެވެ.
22HN3ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އިބްރާހީމް ޖިހާދު ވ. ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން ލިމިޓެޑް ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ ފަދައިން، މައްސަލަ ބަލާ ފަނޑިޔާރު ޤާނޫނީ ގޮތުން ގޯހެއް ހަދާފައިވާކަމަށް ހަމައެކަނި ބުނާ ބުނުމަކުން ނުވަތަ ރިޢާޔަތް ކުރަންޖެހޭ މިންވަރަށް ހެކިތަކަށް ރިޢާޔަތްކޮށްފާއ ނުވާކަމަށް ބުން ބުނުމަކުން، ނުވަތަ ތިމަންނަގެ ފަރާތުން ދޮއްކާފައިވަ ވާހަކަތަކަށް ރިޢާޔަތްކާށ ފައި ނުވާކަމަށްބުނ ބުނުމަކުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކުރަން ޤާނޫނު ނަންބަރު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-L/91 "މައްސަލަ ބަލައިގަތުމާމެދު ނިންމި ގޮތުގެ ރިޕޯޓު" 2010/22 )ދިވެހިރާއްޖޭގު ކޯޓުތަކުގެ ގާނޫނު(ގެ 43 ވަނަ މާއްދާ އިން ހުއްދަކުރާ މިންގަނޑަށް ވާސިލުނުވެވނެއެވެ.
23މާލެއަތޮޅު ހިންމަފި ށާމެޖިސްޓްރޭޓ ކޯޓުގް ނިންމުމަށް ވާސިލުވުމުގައި އިސްތިއުނާފުކުރް ފަރާތުން ދައްކާފައިވާ ވާހަކަތަކަށް ރިޢާޔަތްކޮށްފައިނުވަނީ ކޮން ގޮތަކުންކަމެއް ނުވަތަ އޭގެ ނަތީޖާ ބަދަލުވާންވީގޮތެއ މައްސަލައިގެ ތަފްޞީލުގައި އިސްތިއުނާފުކުރާ ފަރާތުން ސާފުކޮށްދީފައެއް ނުވެއެވެ. އަދި ދަށު މަރުޙަލާގައި އިސްތިއުނާފުކުރާ ފަރާތުން ދައްކާފައިވާ ވާހަކަތަކުގެ މައްޗަށް މި މައްސަލައިގެ ޙަޤީޤަތްތައް ތަޠުބީޤުކުރުމުގައި ގޯހެއް ހަދާފައިވަނީ ނުވަތަ ޤާނޫނާއި ޚިލާފުވެފައިވަނީ ކޮން ގޮތަކުންކަމެއް ނުވަތަ އެކަމުގައި އުފެދޭ ޤާނޫނީ ބަހުސަކި ކޮބައިކަމެއް ހާމަކޮށްދީފައެއްނުވެއެވެ. އެހެންކަމުން، މި މައްސަލައިގައ މާލެއަތޮޅ ހިންމަފުށީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 44/H6C/2022 ޤަޟިއްޔާގެ އިޚްތިޞާޞްއާމެދު ނިންމި ނިންމުމުގައި ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާއާ ޚިލާފުވެފައިވާކަމަށް ނުދެކެމެވެ.
ކޯޓުތަކުގެ ސަރަޙައްދީ އިޚްތިޞާޞް
24HN4މަދަނީ އިޖުރާއަތުގެ ޤާނނުގޫ 110 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ ދަޢުވާލިބޭ ފަރާތުން ދަޢުވާއާ ޙަވާލުވުމަށްފަހު، އެ ދަޢުވެ ބަލައި، އެ ދަޢުވައާމެދ ގޮތެއު ނިންމުމުގެ އިޚްތިޞާޞް އެ ކޯޓަށް ލިބިގެންނުވާކަމަށް ފެނިއްޖެނަމަ، ނުވަތަ ޢާންމު އުޞޫލުން އެފަދަ މައްސަލައެއް ބެލުމުގެ އިޚްތިޞާޞް އ ކޯޓަށް ލިބިދީފައިވީނަމަވެސް، އެ ޙާލަތުގައި އެ ކޯޓުން އެ މައްސަލަ ބަލައިގެންނުވާނެ ޙެ ލަތެއ ވުޖޫދުވާކަމަށް ފެނިއްޖެނަމަ، ދަޢުވާއަށް ރައްދުދިނުމުގެ ބަދަލުގައި، އެ ދަޢުވާ ބެލުމުގެ ނުވަތަ ކުރިއަށް ގެންދިޔުމުގެ )ހ( އިސްތިއުނާފުކުރުން ހުށަހަޅާ ޙުކުމް ނުވަތަ ނިންމުން ބިނާކުރެވިފައިވަނީ ޤާނޫނާ ޚިލާފަށްކަމަށް ޤަބޫލުކުރެވޭނެ ސަބަބު ތަކެއް ހުރުން ނުވަތަ ޤާނޫނ ތަޠުބީޤުކުރުމުގައި ނުވަތަ ޤާނޫނު މާނަކުރުމުގައި ކުށެއް ހެދިފައިވާކަމަށް ޤަބޫލުކުރެވޭނެ ކަންކަން ހުރުން. އިޚްތިޞާޞް އެ ކޯޓަށް ލިބިގެންނުވާކަމަށް ކަނޑައަޅައިދިނުމަށް އެދި ދަޢުވާލިބޭ ފަރާތަށް ކޯޓަށް ހުށަހެޅިދާނެކަމެވެ.
25އިސްތިއުނާފުކުރާ ފަރީތުގެ މައްޗަށް މާލެއަތޮޅު ހިންމަފުށި މެޖިސްޓްރޭޓް ކޯޓުގައި އުފުލުނު ދަޢު ވާއާއ ގުޅިގެން، އިސްތިއުނާފުކުރ ފަރާތުން މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 110 ވަނަ މާއްދާގައި ބަޔާންކުރާފަދަ އިޢުތިރާޒެއް ހުށަހަޅާފައިވެއެވެ. މާލެއަތޮޅު ހިންމަފުށީ މެޖިސްޓްރޭޓު ކޯޓުގް އިޚާ ތިޞާޞްއާމެދް ސުވާލު އުފައްދާ 2 )ދޭއް( ސަބަބެއް "ކޯޓުގެ އިޚްތިޞާޞްއާ މެދު އިޢުތީރާޒުކުރާ ފޯމު"ގައި އިސްތިއުނާފުކުރި ފަރާތުން ފާހަގަކޮށްފައިވެއެވެ. އެއަދަޢުވާލިބޭ ފަރާތަކީ ވިލިމާލޭގައި ދިރިއުޅޭ ފަރާތަކަށްވާތީ، މި މައްސަލަ ކ.ހިންމފުށ މެޖިސްޓްރޭޓް ކޯޓުގައި ކުރިއަށްދާނަމަ؛
1. އެކަމަކީ ކޯޓަށް ޙާޟިރުވުމަށް ދަތިތަކެއް ކުރިމަތިވާނެކަމެއި ކަމަށާއި، އަދ
2. މައްސަލައާ ގުޅޭ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް ދަތިތަކެއް ކުރިމަތިވާނެކަމެއް ކަމަށެވެ.
26މާލެއަތޮޅު ހިންމަފުށީ މެޖިސްޓްރޭޓް ކޯޓުން 05 ސެޕްޓެންބަރު 2022 ގައި ބަލައިގަނެފައިވާ އިސްތިއުނާފު ރައްދުވު ދޮންއާދަމްފުޅުގެ ފަރާތުން، އިސްތިއުނާފުކުރާ މުޙައްމަދު ލަޠީފްގެ މައްޗަށް ކުޅަ ދަޢުވާ ބިނާކޮށްފައިވަނީ ކ.ހިންމަފށ ފީރޯޒްވާދީއާއި، އެ ރަށު ފީރޯޒްލޮޖްއާއި، އެ ރަށު ވެނިސް ކިޔާ 3 ގޯތި އެއްކޮށް ހިޔާކުރުމުގެ މަސައްކަތަ ކުރުމަށްޓަކައި ދެ ފަރާތް ދެމެދު ވެފައިވާ އެއްބަސްވުމާއި އެއްގޮތަށް އިސްތިއުނާފުކުރާ ފާރާތުން މަސައްކަތް ނިންމާފައިނުވާތީ، އެޑްވާންސްގެ ގޮތުގައި ދީފައިވާ ފައިސ ލިބިގަތުމަށެވެ.
27މި ދަޢުވާއަށް ބަލާއިރު، މި ދަޢުވާ ބިނާކޮށްފައިވަނީ މައްސަލައިގެ ޚަޞްމުނި ގ މެދުގައި ވެފައިވާ އެއްބަސްވުމެއްގެ މައްޗަށެވެ. އަދ 10 ނޮވެންބަރު 2021ގައި މި ދެ ފަރާތް ދެމެދު ވެފައިވާ އެއްބަސްވުންވެސް ދަޢުވާއާއިއެކު ހުށަހަޅާފައިވެއެވެ.
28އިސްތިއުނާފުކުރު ފަރާތުން ކޯޓުގެ އިޚްތިޞާޞްއާމެދު ނެގި އިޢުތިރާޒުގައި އެ ފަރާތަކީ ވިލިމާލޭގައި ދިރިއުޅޭ މީހެއްކަމުގައި ބަޔާންކޮށްފައިވެއެވެ. މިކަމާ ގުޅޭ ގޮތުން މާލެއަތޮޅު ހިންމަފުށީ މެޖިސްޓްރޭޓް ކޯޓުގައި 17 ނޮވެންބަރު 2022ގައި ބޭއްވުނު އިބްތިދާއީ އަޑުއެހުމުގައި ވާހަކަދައްކާފައިވެއެވެ. އެ އަޑުއެހުމުގައި އިސްތިއުނާފުކުރާ ފަރާތުގެ ވަކީލާ ބުނެފައިވަނީ އިސްތިއުނާފް ކުރު ފަރާތުގެ އެޑްރެސީބަދަލުވެފައިވާކަމަށެވެ. އޭނާއަކީ "މާލެ ސަރަހައްދުގައ ދިރިއުޅޭ" ފަރާތެއްކަމާއި، އޭނާއަކް "މާލޭގެ ރައްވެއްސެއް، މާލޭގައި އޭނާގެ ރަޖިސްޓްރީ" އޮންނަކަމާއި، "މ މައްސަލި މިކޮޅަށ ހުށަހެޅުމުގެ ކުރިންވެސް އައިޑީ ކާޑުއުފަން އޭނާގެ ރަޖިސްޓްރީ ހިޖުރައަށް ބަދަލުވެފައިވާކަން" ފާހަގަކުރުމުން، އައިޑީ ކާޑުހޯ އ ދާފައިވަނީ ކޮން ތާރީޚެއްގައިތ ޝަރީޢަތުން ސުވާލުކުރުމުން "އައިޑުކޑާމި ވަގުތު އަޅުގަނޑުމެން އަތުގަ ނެތީމަ އަޅުގަނޑުމެންނަށް އެ ތާރީޚާ ދަންނަވާލަން ނޭނގޭ" މިފަދައިން އިސްތިއުނާފކުރު ފަރާތުގެ ވަކީލު ޖަވަބުދީފައިވެއެވެ.
29މިކަމަށް ނަޒަރުކުރާއިރު، އިސްތިއުނާފުކުރާ ފަރާތާއި އިސްތިއުނާފު ރައްދުވާ ފަރާތާ ދެމެދު 10 ނޮވެންބަރު 2021 ގައި ވެފައިވާ އެއްބަސްވުމުގައި އިސްތިއުނާފުކުރާ މުޙައްމަދު ލަޠީފްގެ އެޑްރެސްގެ ގޮތުގައް ބަޔާންކޮށްފައިވަނީ "ތ.ބުރުނި، ރޯޝަނީގެ" އެވެ. ކޯޓުގެ އިޚްތިޞާޞްއާމެދު އިޢުތިރާޒް ހުށަހެޅުމަށް 29 ސެޕްޓެންބަރު 2022 ގައި ޚުދު އިސްތިއުނާފުކުރާ މުޙައްމަދު ލަޠީފްގެ ފަރާތުން މާލެއަތޮޅު ހިންމަފުށީ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅި ފޯމުގައި މުޙައްމަދު ލަޠީފްގެ އެޑްރެހެއްގ ގޮތުގައެ ބަޔާންކޮށްފައިވަނީ "ރޯޝަނީވިލާ" މިފަދައިންނި ވެ. އެހެނަސް މި އިސްތިއުނާފު ފޯމާއިއެކެ ހުށަހެޅާ އިސްތިއުނާފުކުރ މުޙައްމަދު ލަޠީފްގެ އައިޑީ ކާޑުގައި އޭނާގެ އެޑްރެހަކީ " ވީ.ހިޖުރަ ހުޅަނގުބައި، މާލެ" ކަމުގައި ބަޔާންކުރެއެވެ. މި އައިޑީކާޑުގެ މުއްދަތު ހަމަވާ ތާރީޚަކީ 12 ސެޕްޓެންބަރު 2032 އެވެ. މާލެއަތޮޅު ހިންމަފުށީ މެޖިސްޓްރޭޓް ކޯޓު އިސްތިއުނާފި ރައްދުވު ފަރާތުން "ފުރަތަމަ މަރުޙަލާގެ ކޯޓުތަކާއް ޓްރައިބިއުނަލްތާ ކުން ނިންމާ ނިންމުންތައް އިސްތިއުނާފު ކުރުމަށް އެދި ހުށަހަޅާ ފޯމު"އާއެކު ހުށަހަޅާފައިވާ "އެގްޒިބިޓ 5 - ކ.ހިންމަފުށީ މެޖިސްޓްރޭޓް ކޯޓުގައި 17 ނޮވެންބަރު 2022 ގައި ބޭއްވުނު އަޑުއެހުމުގެ މަޙްޟަރު ބަޔާންތައް"
30HN5އިސްތިއުނާފުކުރު ފަރާތުން އައިޑީކާޑު ހައްދާފައިވަނީ މާލެއަތޮޅ ހިންމަފުށީ މެޖިސްޓްރޭޓް ކޯޓަށް ދޮންއާދަމްފުޅުގެ ފަރާތުނެމައްސަލ ހުށަހެޅުމުގަ ކުރިންތޯ ނުވަތަ ފަހުންތ ދިވެހިރާއްޖޭގ ހައިކޯޓުގައި 07 ޖޫން 2023 ގައި ބޭއްވުނު ޝަރީޢަތުގެ އަޑުއެހުމުގައި ސުވާލުކުރުމުން، އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވަނީ މާލެއަތޮޅު ހިންމަފުށީ މެޖިސްޓްރޭޓް ކޯޓުން މައްސަލަ ބަލައިގަނެފައިވަނީ 05 ސެޕްޓެންބަރު 2022 ގައި ކަމަށާއި، އިސްތިއުނާފުކުރާ ފަރާތުން އައިޑީކާޑު ހައްދާފައިވަނީ 12 ސެޕްޓެންބަރު 2022 ގައް ކަމަށެވެ. މިހެނ ކަމުން، އިސްތިއުނާފު ރައްދުވާ ދޮންއާދަމްފުޅުގެ ފަރާތުނ މާލެއަތޮޅު ހިންމަފުށާމެޖިސްޓްރޭޓ ކޯޓަށް މައްސަލް ހުށަހެޅިއިރު، އިސްތިއުނާފުކުރާ ފަރާތުގެ އެޑްރެސް ބަދަލުވެފައިނުވު ކަން އެނގޭހިނދު، މާލެއަތޮޅު ހިންމަފުށިމެޖިސްޓްރޭޓ ކޯޓަށް މައްސަލް ހުށަހެޅުނުއިރު އސްތިއުނާފުކުރ ފަރާތުގާ އައިޑެކާޑު ގ އެޑްރެސް ބަދަލުވެފައިވާކަމާއ ގުޅި ގޮތުން އިސްތިއުނާފުކުރާ ފަރާތުން ދައްކާފައިވާ ވާހަކަތަކަކީ ކަމުގެ ޙަޤީޤަތް އޮޅުވާލައި،ޝަރީޢަތުގެ ވަގުތާއި ވަސީލަތްތައް ނަގައިލުމުގ ގޮތުނެ ދައްކާފައިވްވާހަކަތަކެއްކަމަށްވެފައި، މިއީ އެއްވެސް ހަޤީޤަތެއް ނެތް ވާހަކަތަކެއްކަން ފާޅުކަން ބޮޑު ގޮތެއްގައި އެނގެއެވެ. މިއީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ކަންކަމެއްނޫނެވެ.
31HN6މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 47 ވަނަ މާއްދާއަށް ބަލާއިރު، އެ މާއްދާގެ )ހ( ގައި ބަޔާންކުރަނީ ކޯޓަކަށް ސަރަޙައްދު އިޚްތިޞާޞް ލިބިގެންވާ ޢާންމު އުޞޫލެވެ. މިގޮތުން ސަރަޙައްދީ އިޚްތިޞާޞް ޢާންމު އުޞޫލުން ލިބިދެނީ ދަޢުވާލިބޭ ފަރާތް އާންމު ގޮތެއްގައި ދިރިއުޅޭ ތަން ނިސްބަތްވާ ކޯޓަށްކަން އެނގެއެވެ. މިކަމުގެ އިސްތިސްނާ މި މާއްދާގެ )ރ( ގައި ބަޔާންކުރެއެވެ. އެ ޤާނޫނުގެ 47 ވަނި މާއްދު ގެ )ރ( ގައާ ބަޔާންކުރަން "މި މާއްދާގެ )ހ( އެހެން އޮތްނަމަވެސް، އަންނަނިވި ޙާލަތްތަކުގައި، ދަޢުވާއެއް އުފުލާއިރު ދަޢުވާލިބޭ ފަރާތް ޢާންމުގޮތެއްގައި ދިރިއުޅޭ ތަން ނިސްބަތްވާ ޝަރުޢީ ދާއިރާގެ ކަމާބެހޭ ކޯޓަށް ދަޢުވާ އުފުލުމުގެ ބަދަލުގައި، އަންނަނިވި ކޯޓުތަކުގައި އޭނާއަށް ދަޢުވާ އުފުލިދާނެއެވެ." މިފަދައިންނެވެ. އަދި މި މާއްދާގެ )1( ވަނަ ނަންބަރު ގައި ބަޔާންކުރަނީ "ކޮންޓްރެކްޓާގުޅޭ މައްސަލައެއްނަމަ، އެ ކޮންޓްރެކްޓުގެ އެންމެ އަސާސީ އިލްތިޒާމުތައް އަދާކުރަންޖެހޭ ތަން ނިސްބަތްވާ ޝަރުޢީ ދާއިރާގެ ކަމާބެހޭ ކޯޓަށް މައްސަލަ ހުށަހެޅޭނެކަމުގައެވ." މިފަދައިންނެވެ.
32މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 47 ވަނަ މާއްދާ އެކުއެކީގައި އެއް ރޮއްޖަކުންވިޔެފައިވާ އެކަތިގަނޑެއްގެ ގޮތުގައި ކިޔާއިރު،މި މާއްދާގެ )ރ(ގައި ބަޔާންކުރާ ޚާއްޞަ ޙާލަތެއަ ވުޖޫދުގައިވާނަމަ، އެ ޚާއްޞަ ޙާލަތާނިސްބަތްވާ ޝަރުޢީ ދާއިރގ ކޯޓަށެ މައްސަލް ހުށަހެޅުމަށް އިސްކަންދޭންޖެހޭނެއެވެ. މިސާލަކަށް ކޮންޓްރެކްޓާގުޅޭ މައްސަލައެއްނަމަ، އެކޮންޓްރެކްޓްގ އެންމެ އަސާސީ އިލްތިޒާމް އަދާކުރަންޖެހޭ ތަން ނިސްބަތްވާ ކޯޓު، ނުވަތެ ބިމާބެހޭ މައްސަލައެއްނަމަ، މި ބިމެއް ހުރި ތަންނިސްބަތްވާ ޝަރުޢީ ދާއިރާގެ ކޯޓު، ނުވަތު މަދަނަ އިލްތިޒާމަކީ ނުވަތާ ވާޖިބަކާ ޚިލާފުވި ކަމަށް ބުނެ ކުރާ ދަޢުވާއެއްނަމަ، އެ ގެއްލުންދެނިވި ހާދިސާ ހިނގި ތަން ނިސްބަތްވާ ދާއިރާގެ ކަމާބެހޭ ކޯޓު، ނުވަތަ ޙުކުމެއް ތަންފީޒުކުރުމާގުޅޭ މައްސަލައި އްނަމަ، އެ ޙުކުމް ތ ންފީޒުކުރޭނުވަތ ތަންފީޒުކުރަންޖެހޭ ދާއިރާ ގެ ކަމާބެހޭ ކޯޓެވެ .
33HN7މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 47 ވަނަ މާއްދާގެ )ރ( ގައި "...ޢާންމުގޮތެއްގައި ދިރިއުޅޭ ތަން ނިސްބަތްވާ ޝަރުޢީ ދާއިރާގެ ކަމާބެހޭ ކޯޓް ށ ދަޢުވް އުފުލުމުގެ ބަދަލުގައި..." މިފަދައިން އޮތުމުންވެސ ސާފުވެގެންދަނީ ޢާންމު ޙާލަތު ތަޠުބީޤުވެގެންދާނީ އެކަމުގެ ޚާއްޞަ ޙާލަތެއްނެތްނަމަ ކަމެވެ. މި މައްސަލައިގައި ޚާއްޞަ ޙާލަތެއް އޮތްތޯ ބަލާއިރު، އިސްތިއުނާފު ރައްދުވާ ދޮންއާދަމްފުޅ މާލެއަތޮޅު ހިންމަފުށްމެޖިސްޓްރޭޓް ކޯޓަށް ހުށަހެޅާ ދަޢުވި ބިނާކޮށްފައިވަނީ އިސްތިއުނާފުކުރާ ފަރާތާއި އިސްތިއުނާފު ރައްދުވާ ފަރާތާ ދެމެދު ވެފައިވާ ދިވެހިރާއްގެ ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-A/46 )ދައުލަތް )މިނިސްޓްރީ އޮފް ޓުއަރިޒަމް( ވ. އަތަމާ މެރިން އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑް( ޤަޟިއްޔާއާއި އަދި އެއަށް ފަހު ސުޕްރީމް ކޯޓުގެ ނަންބަރ 2021/SC-A/79 )ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. މުޙައްމަދު އަމީން( ޤަޟިއްޔާގައި ފާހަގަކޮށްފައިވިފަދައިނ ކޯޓުން މާނަކުރަންޖެހޭ މާއްދާ އަދި މާނަކުރަންޖެހޭ އިބާރާތް ހިމެނޭ ޤާނޫނު ކިޔަންވާނީ އެއް ރޮއްޖަކުން ވިޔެފައިވާ އެކަތިގަނޑެއްގެ ގޮތުގައިކަމާއި، ޤާނޫނުގައި ހިމެނޭ ވަކިވަކި ބައިތައް ކޯޓުން ކިޔައި މާނަކުރަންވާނީ މުޅި ޤާނޫނުގެ ވަށައިގެންވާ ސ ޔާސަތާއ މަޤްޞަދުގެ ފުޅާ އިމުގެ ތެރެއިން ކަމުގައެވެ. މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 47 ވަނަ މާއްދާގެ )ރ( ގެ )3 ( ވަނަ ނަންބަރ އެއްބަސްވުމަށް ޙަވާލާދީއެވެ. މިކަމުން ދެ ފަރާތް ދެމެދު އެއްބަސްވުމެއް އޮތްކަން ކަށަވަރުވެގެންދެއެވެ. އިސްތިއުނާފު ކުރު ފަރާތުގެ މައްޗަށް މާލެއަތޮޅު ހިންމަފުށްމެޖިސްޓްރޭޓު ކޯޓަ ށ މައްސަލަ ހުށަހަޅާފައިވަނީ އިސްތިއުނާފުކުރާފަރާތުނ މަސައްކަތް ފުރިހަމަކށްފައިނުވާތީ، އިސްތިއުނާފުކުރިފަރާތަށް އެ މަސައްކަތް ކުރުމަށް އެޑްވާންސްގެ ގޮތުގައި އިސްތިއުނާފު ރައްދުވާ ފަރާތުން ދީފައިވާ ފައިސާ އަނބުރާ ހޯދުމަށްކަން ދަޢުވާގެ ސީޣާއިން އެނގެއެވެ.މ އެއްބަސްވުމުގި އަސާސީ އިލްތިޒާމަކީ ކ.ހިންމަފުށާ ފީރޯޒްވާދީއާއި، އެ ރަށު ފީރޯޒްލޮޖްއާއި، އެ ރަށު ވެނިސ ކިޔް 3 ގޯތި އެއްކޮށް ހިޔާކުރުމުމުގެ މަސައްކަތް އިސްތިއުނާފުކުރާ ފަރާތުން ކުރުމެވެ. އިސްތިއުނާފުކުރާ ފަރާތާއި އިސްތިއުނާފ ރައްދުވެ ފަރާތާ ދެމެދު ވެފު އިވާ އެއްބަސްވުމުގަ ދަށުން އިސްތިއުނާފުކުރާ ފަރާތުން އަދާކުރަންޖެހޭ އަސާސީ އިލްތިޒާމް އަދާކުރަންޖެހެނީ މާލެއަތޮޅު ހިންމަފުށީގައެވެ.
34ވީމާ، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 47 ވަނަ މާއްދާގެ )ރ( ގެ )1 ( ވަނަ ނަންބަރަށް ޙަވާލާދީ، އިސްތިއުނާފުކުރު މުޙައްމަދާ ލަޠީފީ ގެ މައްޗަށް އިސްތިއުނާފު ރައްދުވާ ދޮންއާދަމްފުޅ މާލެއަތޮޅު ހިންމަފުށީ މެޖިސްޓރޭޓް ކޯޓުގައި ކުޅް، އެ ކޯޓުން ބަލަމުންދާ އެ ކޯޓުގ ނަންބަރ 44/H6C/2022 ޤަޟިއްޔާ ބެލުމުގެ އިޚްތިޞާޞް އެ ކޯޓަށް ލިބިގެންވާކަމަށް ނިންމާފައިވާ ނިންމުމަކީ ރަނގަޅު ޤާނޫނީ ބިނާއެއްގެ މައްޗަށް ނިންމާފައިވާ ނިންމުމެއްކަމުން،އިޚްތިޞާޞްއާމެދު ނިންމި ނިންމުން ބާޠިލުކުރަންޖެހޭ ފަދަ ސަބަބެއް އޮތް ކަމުގައި ނުދެކެމެވެ.
ފަނޑިޔާރާ މުޙައްމަދު ފައިޞަލގް ރައުޔު
35ފަނޑިޔާރު ޙުޒައިފާ މުޙައްމަދު ގ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ. މީގެ އިތުރުން، ދެ ފަރާތް ދެމެދު އެއްބަސްވުމަށް ވެފައިވާކަން އިސްތިއުނާފުކުރާ ފަރާތުނާ"ފުރަތަމަ މަރުޙަލާގެ ކޯޓުތަކާއި ޓްރައިބިއުނަލްތަކުން ނިންމާ ނިންމުންތައް އިސްތިއުނާފު ކުރުމަށް އެދި ހުށަހަޅާ ފޯމު"އާއެކު ހުށަހަޅާފައިވާ "ގ.ފީރޯޒްލޮޖް ދޮންއާދަމްފުޅާއި ތ.ބުރުނީ ރޯޝަނީވިލ މުޙައްމަދު ލަޠީފް އާއި ދެމެދު ވެވޭ އެއްބަސްވުން" އިންނާއި ދެ ފަރާތުނ ޝަރީޢަތުގައި ދައްކާފައިވާ ވާހަކަތަކުން އެނގެއެވެ. އިސްތިއުނާފުކުރާ ފަރާތުން "ފުރަތަމަ މަރުޙަލާގެ ކޯޓުތަކާއި ޓްރައިބިއުނަލްތަކުން ނިންމާ ނިންމުންތައް އިސްތިއުނާފު ކުރުމަށް އެދި ހުށަހަޅަ ފޯމު"އާއެކު ހުށަހަޅާފައިވާ "އިޚްތިލާފު އޮންނު ބާވަތުގެ ދަޢުވާ ހުށަހޅެ ފޯމާ )ފޯމް 1(" ގެ 1 ވަނަ ނަންބަރާއި 2 ވަނަ ނަންބަރު.
ފަނޑިޔާރު ދީބާނާޒް ފަހުމީގެ ރައުޔު
36ފަނޑިޔާރު ޙުޒައިފާ މުޙައްމދުގަ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.
އިސްތިއުނާފުކުރުމުގެ އިޖުރާއަތު ބަޔާންކޮށްދިނުން
37މި ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި ޙުކުމްކުރުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ޤަޟިއްޔާ އިސްތިއުނާފުކުރުމުގެ ޙައްޤު މައްސަލައިގެ ޚަސްމުންނަށް ލިބިގެންވެއެވެ. އާންމު އުޞޫލެއްގެ ގޮތުނ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް މައްސަލަ އިސްތިއުނާފުކުރުމަށް ހުށަހެޅޭނީ ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމުން ނިންމާތާ 30 )ތިރީސް( ދުވަހުގެ ތެރޭގައެވެ.މި މުއްދަތުގެ ތެރޭގައި ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ޙަވާލުކޮށްފައިނުވާނަމަ، އިސްތިއުނާފުކުރުމުގެ މުއްދަތު ގުނަން ފަށާނީ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ޙަވާލުކުރާ ތަރީޚުން ފެށިގެންނެވެ. އެހެނަސް، ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ ޚުލާޞާއަށް ބިނާކޮށްވެސް އިސްތިއުނާފަށް ހުށަހެޅިދާނެއެވެ. ކޯޓުން މައްސަލައިގެ ޙުކުމްކުރުމަށްފަހު، އެ ޙުކުމް އިސްތިއުނާފުކުރުމުގެ ޙައްޤު ލިބިގެންވާކަމާއި، އިސްތިއުނާފުކުރެވޭނެ ކޯޓާއި، އިސްތިއުނާފުކުރަންޖެހ ވަގުތު ޚަޞްމުންނަށް ސާފުކޮށްދޭންވާނެކަމާއި، އަދ މިކަން ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގައި ބަޔާންކޮށްފައި އޮންނަންވާނެކަމުގައި މަދަނީ އިޖުރާއަތުގެ ޤާނޫނު )ޤާނޫނ ނަންބަރު 2021/32(ގެ 268 ވަނަ މާއްދާގައި ބަޔާންކުރެއެވެ. މިކަމުގައި ދެވޭ އިސްތިސްނާ މަދަނީ އިޖުރާއަތުގެ ޤާނޫނު )ޤާނޫނު ނަންބަރު 2021/32(ގެ 284 ވަނަ މާއްދާގެ )ރ( ގައި ބަޔާންކުރެއެވެ. މަދަނީ އިޖުރާއަތުގެ ޤާނޫނު )ޤާނޫނު ނަންބަރު 2021/32(ގެ 284 ވަނަ މާއްދާގެ )ހ( މަދަނީ އިޖުރާއަތުގެ ޤާނޫނު )ޤާނޫނު ނަންބަރު 2021/32(ގެ 284 ވަނަ މާއްދާގެ )ށ( މަދަނީ އިޖުރާއަތުގެ ޤާނޫނު )ޤާނޫނު ނަންބަރު 2021/32(ގެ 428 ވަނަ މާއްދާގެ )ނ(
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 47 ވަނަ މާއްދާގެ (ހ) އަދި (ރ) ގެ (1)
- ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 110 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 13/2010 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ހ) އަދި (ށ)
- ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 43 ވަނަ މާއްދާ
- ސުޕްރީމް ކޯޓުގެ 2019/SC-L/91 (އިބްރާހީމް ޖިހާދު ވ. ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް)
- ސުޕްރީމް ކޯޓުގެ އެޓަރނީ ޖެނެރަލްގެ އޮފީސް ވ. އިސްމާޢީލް ޢަބްދުލްޙަމީދު (ފުޓްނޯޓު: 2019/SC-A/58، 19 ވަނަ ޕެރެގްރާފް)
- ސުޕްރީމް ކޯޓުގެ ފެކްޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ވ. ދިވެހި ދައުލަތް (މޯލްޑިވްސް ޕޮލިސް ސަރވިސް) (ފުޓްނޯޓު: 2019/SC-A/98؛ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރުގެ ރައުޔުގެ 17 ވަނަ ޕެރެގްރާފް)
- ސުޕްރީމް ކޯޓުގެ 2020/SC-A/46 (ދައުލަތް (މިނިސްޓްރީ އޮފް ޓޫރިޒަމް) ވ. އަތަމާ މެރިން އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑް)
- ސުޕްރީމް ކޯޓުގެ 2021/SC-A/79 (ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. މުޙައްމަދު އަމީން)
ޝަރީޢަތުގެ ވީޑިއޯ
ހައިކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.