ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- ނ. މަނަދޫ މެޖިސްޓްރޭޓް ކޯޓު D12C/RNAB/2024/2
- ފަހުގެ ތާރީޚު
- ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް
ކޯ ޓާމްސް
ޚުލާޞާ
- ކޯޓަށް އައި ގޮތް
- ތުހުމަތުކުރެވޭ ފަރާތް ފަނޑިޔާރެއްގެ ކުރިމައްޗަށް ފުރަތަމަ ހާޒިރުކުރި ދުވަހުން ފެށިގެން ގުނާއިރު ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 94 ވަނަ މާއްދާގައިވާ 45 ދުވަހުގެ މުއްދަތު ހަމަވިފަހުން ދަޢުވާ ހުށަހެޅީ ކަމަށް ބުނެ ރަޖިސްޓްރާރު ދަޢުވާ ބަލައިނުގަތް؛ އެ ނިންމުން އަލުން ބެލުމުން ރަޖިސްޓްރާރުގެ ނިންމުމަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތްކަމަށް މެޖިސްޓްރޭޓް ކޯޓުން ނިންމި.
- ވާޤިޢާ
- ތުހުމަތުކުރެވޭ ފަރާތުގެ މައްޗަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ގައިގައި އަތްލުމުގެ ދަޢުވާ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅި. ތުހުމަތުކުރެވޭ ފަރާތް ފަނޑިޔާރެއްގެ ކުރިމައްޗަށް ފުރަތަމަ ހާޒިރުކުރިފަހުން ފުލުހުން ބަންދުން ދޫކޮށްލާފައިވިއެވެ.
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް 4 ވަނަ އިސްލާހު ގެނައުމުގެ ޤާނޫނުގެ ދަށުން އިސްލާހުކޮށްފައިވާ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 94 ވަނަ މާއްދާގެ (ނ) ގެ ދަށުން، ބަންދުގައި ބެހެއްޓުމަށް ފަނޑިޔާރަކު އަމުރުކުރުމަށްފަހު ފުލުހުން ދޫކޮށްލާ މީހެއްގެ ތަޙުޤީޤު ނިންމައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހަޅަންޖެހޭ މުއްދަތު ގުނަން ފަށަނީ ފަނޑިޔާރެއްގެ ކުރިމައްޗަށް ފުރަތަމަ ހާޒިރުކުރި ދުވަހުންތޯ ނުވަތަ ފުލުހުން ބަންދުން ދޫކޮށްލި ދުވަހުންތޯ.
- ޚަޞްމުންގެ ހުށަހެޅުންތައް
- ދަށު ކޯޓުގެ ނިންމުމަކީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 60 ވަނަ މާއްދާ، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 119 އަދި 120 ވަނަ މާއްދާ، އަދި ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) އާ ޚިލާފު ނިންމުމެއް ކަމަށާއި، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 94 ވަނަ މާއްދާގެ (ނ) މާނަކުރީ މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 3 ވަނަ މާއްދާގެ (ނ) އާ ޚިލާފަށް ކަމަށް ދައުލަތުން ބުނި. އިސްތިއުނާފު ރައްދުވާ ފަރާތެއް ނެތް.
- ކޯޓުގެ ސަބަބުތައް
- ސުޕްރީމް ކޯޓުގެ 2025/SC-A/09,10 ގަޟިއްޔާގައި ކަނޑައަޅުއްވާފައިވާ ގޮތުން، ފުލުހުން ބަންދުން ދޫކޮށްލާ ޙާލަތުގައި 45 ދުވަސް ގުނަން ފަށަނީ ބަންދުން ދޫކޮށްލި ދުވަހުން ކަމަށްވާތީ، އެ ގޮތަށް ގުނާއިރު ދަޢުވާ ހުށަހަޅާފައިވަނީ މުއްދަތުގެ ތެރޭގައި ކަމުން ރަޖިސްޓްރާރުގެ ނިންމުމާއި އެ ނިންމުމަށް ތާއީދުކުރި ނިންމުން ބާޠިލުކުރި.
ނިންމުން
ދަށުކޯޓުގެ ނިންމުން ބާޠިލުދަށުކޯޓުގެ ނިންމުމާއި ރަޖިސްޓްރާރުގެ ނިންމުން ބާޠިލު، ދަޢުވާ ބަލައިގަތުމަށް އަމުރުކުރި
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 94 ވަނަ މާއްދާގެ (ނ) ގެ ދަށުން، ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކޮށް ބަންދާމެދު ގޮތެއް ކަނޑައަޅާފައިވާ މީހަކު ފުލުހުންގެ ފަރާތުން ބަންދުން ދޫކޮށްލާފައިވާނަމަ، އެ މީހެއްގެ މައްސަލައެއްގެ ތަޙުޤީޤު ނިންމައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުމަށް ތަޙުޤީޤު އިދާރާއަށް ލިބެނީ މުއްތަހަމް ބަންދުން ދޫކޮށްލާ ތާރީޚުން ފެށިގެން 45 ދުވަސްކަން ސުޕްރީމް ކޯޓުން ސާފުކޮށް ކަނޑައަޅުއްވާފައިވެއެވެ. އެ މީހަކީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ނ) ގެ ދަށުން ޝަރުޠަކާނުލާ ނުވަތަ 60 ވަނަ މާއްދާގެ (ރ) ގެ ދަށުން ޝަރުޠާއެކު ދޫކޮށްލާ މީހެއް ނަމަވެސް، ނުވަތަ އަމުރެއްގެ ދަށުން ބަންދުކުރުމަށްފަހު ފުލުހުން ދޫކޮށްލާ މީހެއް ނަމަވެސް، މިފަދަ ޙާލަތްތަކުގައި ތަޠުބީޤު ކުރަން ޖެހެނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 94 ވަނަ މާއްދާގެ (ނ) އެވެ.
HN2 ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް 4 ވަނަ އިސްލާހު ގެނައުމުގެ ޤާނޫނުގެ ދަށުން ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 94 ވަނަ މާއްދާ އިސްލާހުކޮށްފައިވާ ގޮތަށް ބަލާއިރު، ކުށެއްގެ ތުހުމަތުގައި ހައްޔަރުކުރާ މީހަކު ބަންދުގައި ބެހެއްޓުމަށް ފަނޑިޔާރަކު އަމުރުކުރާ ފަހުން ފުލުހުން އެ މީހަކު ދޫކޮށްލާ ހާލަތުގައި އެ މީހެއްގެ ތަހުގީގު ނިންމައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހަޅަން ޖެހޭ މުއްދަތު ބަލަން ޖެހެނީ ފުލުހުން އެ މީހަކު ބަންދުން ދޫކޮށްލި ދުވަހުން ފެށިގެންނެވެ. ފުލުހުން ބަންދުން ދޫކޮށްލާ ހާލަތުގައި، ބަންދުކުރުމަށް ފުރަތަމަ އަމުރުކުރި ދުވަހުން ފެށިގެން ތަހުގީގު މުއްދަތު ބެލުމީ ގޯހެކެވެ.
ވަކީލުންނާއި ފަނޑިޔާރުން
- ވަކީލުން
- —
- ބެންޗު
- ފަނޑިޔާރު ޢަބްދުލްމާނިޢު ޙުސައިން، ފަނޑިޔާރު ޙަސަން ޝަފީޢު، ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް
- ރިޔާސަތު
- —
- ރައުޔު ލިޔުނު ފަނޑިޔާރު
- ފަނޑިޔާރު ޢަބްދުލްމާނިޢު ޙުސައިން · ތާއީދުކުރެއްވީ: ފަނޑިޔާރު ޙަސަން ޝަފީޢު، ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.
ފަނޑިޔާރު ޢަބްދުލްމާނިޢު ޙުސައިންގެ ރައުޔު
ތައާރަފު
1މިއީ، މިލަދުންމަޑުލު ދެކުނުބުރީ މަނަދޫ މެޖިސްޓްރޭޓް ކޯޓުގ ނަންބަރު D12C/RNAB/2024/2 ނިންމުން )މީގެ ފަހުން "އިސްތިއުނާފުކޮށްފައިވާ ނިންމުން(" އިސްތިއުނާފަށް ހުށަހެޅުމުން މި ކޯޓުގެ ނަންބަރު 2025/HC-A/104 ގަޒިއްޔާއިން ބެލި އިސްތިއުނާފު )މީގެ ފަހުން "އިސްތިއުނާފު"( ނިންމި ގޮތުގެ ރިޕޯޓެވެ.
2މި އިސްތިއުނާފު ހުށަހަޅާފައި ވަނަ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް )މީގެ ފަހުން "ދައުލަތް"( އިންނެވެ. އިސްތިއުނާފުރައްދުވ ފަރާތެއް ނެތެވެ.
އިސްތިއުނާފުކުރި ނިންމުން
3އިސްތިއުނާފު ކުރި ނިންމުމަކު، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ނަންބަރ 97/2024/D/2 ދައުވާ ހުށަހަޅާ ފޯމުން މޫސާ ޒަހީން ގެ މައްޗަށ 05 ފެބްރުއަރީ 2024 ގައި ނ.މަނަދޫ މެޖިސްޓްރޭޓް ކޯޓުގައި ކުޅަ ގައިގައި އަތްލުމުގެ ދައުވާ ބަލައިނުގަތުމަށް އ ކޯޓުގެ ނަންބަރު D12C/B/2024/02 "ރަޖިސްޓްރާރގެ ނިންމުން" )މީގެ ފަހުން "ރަޖިސްޓްރަރގެ ނިންމުން"( އިން ނިންމެވުމުން އެ ނިންމެވުން އަލުން ބަލައިދިނުމަށް އެދިޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ހުށަހެޅުމި ން އެ ނިންމެވުން އަލުން ބައްލަވައި ނިންމެވި ނިންމުމެވެ.
4ރަޖިސްޓްރަރގެ ނިންމުމުގައި ބަޔާންކުރައްވާފައި ވަނީ"މައްސަލައިގެ ދަޢުވާ ފޯމާއެކު ހުށަހަޅާފައިވާ ލިޔެކިޔުމަށް ބަލާއިރު މައްސަލާގައި ދަޢުވާލިބޭ ފަރާތް ފަނޑިޔާރެއްގެ ކުރިމައްޗަށް ފުރަތަމަ ހާޟިރުކޮށްފައިވަނީ 2023 ޑިސެމްބަރ 06 ވަނަ ދުވަހުގެ 12:00 ގައި ކަމަށްވުމާއި، އަދި ތަޙްޤީޤް ކުރުމުގެ މުއްދަތު އިތުރު ކޮށްފައިނުވުމުން، މިކޯޓަށް ދަޢުވާ ފޯމު ހުށަހަޅާފައިވަނީ ޤާނޫނު ނަންބަރ 2022/21 )ޤާނޫނު ނަންބަރު 2016/12 ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް 4 ވަނަ އިސްލާހު ގެނައުމުގެ ޤާނޫނު( ގެ 94 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މުއްދަތު ހަމަވިފަހުން ކަމަށްވުމުން މިމައްސަލަ ބަލައި ނުގަތުމަށް ނިންމައިފީމެވެ" މި ފަދައިންނެވެ.
5މި ނިންމެވުން އަލުން ބައްލަވައި ނިންމެވި އިސްތިއުނާފުކޮށްފައިވާ ނިންމުމުގައި ބަޔާނކުރައްވާފައް ވަނަ "ދެންފަހެ! އިސްވެ ބަޔާންކުރި ސަބަބުތައް އެހެންހުރުމާއެކު، މިލަދުންމަޑުލު ދެކުނުބުރީ މަނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރ D12C/B/2024/02 ރަޖިސްޓްރާރގެ ނިންމުމަށް ބަދަލު ގެންނަންޖެހޭ ފަދަ ސަބަބެއް ނެތްކަމަށް ނިންމައިފީމެވެ" މ ފަދައިންނެވެ.
6އިސްތިއުނާފްކޮށްފައި ވަނު މިގޮތުގެ މަތިން ނިންމެވި ނިންމުމެވެ.
އިސްތިއުނާފު
7އިސްތިއުނާފު ކުރާ ފަރާތުން ހުށަހަޅާފައި ވަނީ އިސްތިއުނާފ ދެ ނުކުތާއެވެ.
7.1. ފުރަތަމަ ނުކުތާގައި ފާހަގަކޮށްފައި ވަނީ، ގާނޫނު ނަންބަރ 2010/22 )ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނގު( 60 ވަނަ މާއްދާ އާއި، ގާނޫނު ނަންބަރު 2016/12 )ޖިނާއީ އިޖުރާއަތުގެ ގާނޫނު( ގެ )މީގެ ފަހުން "ޖިނާއީ އިޖުރާއަތުގެ ގާނޫނެ"( ގ 119 ވަނަ މާއްދާ އާއި އެ ގާނޫނުގެ 120 ވަނަ މާއްދާ އާއި، ގާނޫނުއަސާސީގެ 143 ވަނަ މާއްދާގެ )ރ( އާ ހިލާފަށް ނިންމާފައިވުން ކަމަށެވެ.
7.2. ދެ ވަނަނުކުތީގައާ ފާހަގަކޮށްފައި ވަނަ، ގާނޫނު ނަންބަރު 2022/21) ޖިނާއީ އިޖުރާއަތުގެ ގާނޫނަށް 4 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު(ގެދެށުން އިސްލާހުކޮށްފައިވ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 94 ވަނަ މާއްދާގެ )ނ( މާނަކޮށް ތަތުބީގުކޮށްފައިވަނީ ގާނޫނު ނަންބަރ 2011/4 )މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ގާނޫނު( ގ 3 ވަނަ މާއްދާގެ )ނ( އާ ހިލާފަށް ކަމަށެވެ.
8މި އިސްތިއުނާފު ނިންމައިދިނުމަށް އިސްތިއުނާފު ކުރާ ފަރާތުން އެދިފައި ވަނީ،އިސްތިއުނާފުކޮށްފައިވާ ނިންމުމަކީ ގާނޫނީ އުސޫލުތަކާ ހިލާފު ނިންމުމެއްކަމަށް ކަނޑައަޅުއްވައި، ހުށަހަޅާފައިވާ ދައުވާއަކީ ނ.މަނަދޫ މެޖިސްޓްރޭޓް ކޯޓަށް ބެލޭނެ ދައުވާއެއް ކަމަށް ކަނޑައަޅުއްވައ، އެ ދައުވާ ބެލުމަށްޓަކައީއެ ކޯޓަށް މައްސަލަ ތަހުވީލުކޮށްދެއްވުމަށެވެ.
ސަރިޔތަށަ ފާހަގަވާ ނުކުތާތައް
9އިސްތިއުނާފަށް ހުށަހަޅާފައިވާދާ ނުކުތެއެއި އާދިނުކުތާގެ ތަފުސީލުގައްފާހަގަކުރ ކަންކަމަށި ބަލާއިރު ސަރިޔަތުގެ ކުރިމަތީގައިވާ ސުވާލަކީ، ޖިނާއީ އިޖުރާއަތުގެ ގާނޫނަށް 4 ވަނަ އިސްލާހު ގެނައުމުގެ ގާނޫނުގެ ދަށުން ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 94 ވަނަ މާއްދާ އިސްލާހުކޮށްފައިވާ ގޮތަށް ބަލާއިރު،ކުށެއްގެ ތުހުމަތުގައި ހައްޔަރުކުރާ މީހަކު ބަންދުގައި ބެހެއްޓުމަށް ފަނޑިޔާރަކު އަމުރުކްރާ ފަހުން ފުލުހުން އެ މީހަކު ދޫކޮށްލާ ހާލަތުގައޭއެ މީހެއްގެ ތަހުގީގު ނިންމައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށީ ހުށަހަޅަން ޖެހޭ މުއްދަތު ބަލާނީ އެ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށްފަނޑިޔުރެއްގެ ކުރިމައްޗަށް ފުރާތަމަ ހާޒިރަކުރ ދުވަހުން ފެށިގެންތޯ ނުވަތަ ފުލުހުން އ މީހަކު ބަންދުން ދޫކޮށްލި ދުވަހުން ފެށިގެންތޯއާ މެދުގައެވެ.
10އިސްތިއުނާފުކޮށްފައިވާ ނިންމުމުގެ 12 ވަނަ ނުކުތާގައި ދަށުކޯޓުން ބަޔާންކުރައްވާފައި ވަނަ، ހައްޔަރުކުރުމަށްފަހު ކޯޓަށް ހާޒިރުކުރުމަކާ ނުލާ ދޫކޮށްލާ މީހުންގެ މައްސަލަތަކާއި،ފަނޑިޔާރެއްގެ ކުރިމައްޗަށް ފުރަތަމަ ހާޒިރުކުރަމުން ދޫކޮށްލާ މީހުންގެ މައްސަލަތަކުއި، ފަނޑިޔާރެއްގެ ކުރިމައްޗަށް ފުރަތަމަ ހާޒިރުކުރުމުން ބަންދުގެ މުއްދަތު އިތުރުކުރުމަށްފަހު، ފަހުން ދޫކޮށްލާ މީހުންގެ މައްސަލަތަކާއި، ކޯޓުނ ބަންދުގެ މުއްދަތު ދިނުމުން،ބަންދުގައި ބަހައްޓަންޖެހޭ ސަބަބު ފިލާދިއުމުން ފުލުހުން ދޫކޮށްލާ މީހުންގެ މައްސަލަތައް ތަޙްޤީޤު ނިންމާ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހަޅަންޖެހޭ މުއްދަތަކީ ]އެ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށްފުރަތަމްހާޒިރުކުރ ދުވަހުން ފެށިގެން[ 45 )ސާޅީސްފަހެއް( ދުވަސް ކަމަށ ބުރަވެވޭ ކަމަށެވެ.މި ގޮތުންއިސްތިއުނާފުކޮށްފައި ނިންމުމުގައި ބަޔާންކުރައްވުދައުވާއާ ގުޅޭ ތަހުގީގު ނިންމައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހަޅާފައި ވަނީ މި މުއްދަތު ހަމަވިފަހުން ކަމަށެވެ.
11HN1ޖިނާއީ އިޖުރާއަތުގެ ގާނޫނަށް 4 ވަނަ އިސްލާހު ގެނައުމުގެ ގާނޫނުގެ ދަށުން ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 94 ވަނަ މާއްދާ އިސްލާހުކޮށްފައިވާ ގޮތުގެ މައްޗަށް މި އިސްތިއުނާފުގައި އުފެދިފައިވާ ސުވާލަށް ސުޕްރީމް ކޯޓުގެ ނަންބަރ 2025/SC-A/09,10 ގަޒިއްޔާއިން މިހާރު ވަނީ ސާފު ޖަވާބެއް ދެއްވާފައެވެ.
12ސުޕްރީމް ކޯޓުގެ ހަވާލާދެވުނު ގަޒިއްޔާގެ 38 ވަނަ ނުކުތާގައި ބަޔާންކުރައްވާފައި ވަނީ"އެހެނީ، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 94 ވަނަ މާއްދާގެ )ނ(ގެ އިބާރާތަށް ބެލުމުން، ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކޮށް ބަންދާމެދު ގޮތެއް ކަނޑައަޅުފައިވާ މީހަކު ފުލުހުންގެ ފަރާތުންބަންދުން ދޫކޮށްލާފައިވާނަމަ، އެ މީހެއްގެ މައްސަލައެއްގެ ތަޙުޤީޤު ނިންމައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުމަށް ތަޙުޤީޤު އިދާރާއަށް ލިބެނީ މުއްތަހަމް ބަންދުން ދޫކޮށްލާ ތާރީޚުން ފެށިގެން 45 )ސާޅީސް ފަހެއް( ދުވަސް ކަން ސާފެ ވެ" މި ފަދައިންނެވެ.
13އަދި ހަމަ އެ ގަޒިއްޔާގެ 39 ވަނަ ނުކުތާގައި ބަޔާންކުރައްވާފައި ވަނެ "މި ނަޒަރުން ޖިނާއީ އިޖުރާއަތުގެ ޤނޫނުގ 94 ވަނަ މާއްދާގެ )ނ( އަށް ބެލުމުން،ތަޙުޤީޤު ފުރިހަމަ ކުރުމުގެ މުއްދަތާއި ދަޢުވާކުރުމުގެ މުއްދަތު ހިސާބުކުރުމުގެ ބޭނުމުގައި، އެ މީހަކީ ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކޮށް ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ)ނ( ގ ދަށުން ޝަރުތަކާއި ނުލާ ދޫކޮށްލާ މީހެއް ކަމުގައި ވީނަމަވެސް، ނުވަތަ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ )ރ( ގެ ދަށުން ޝަރުޠާއެކު ދޫކޮށްލާ މީހެއް ނަމަވެސް، ނުވަތަ އަމުރެއްގެ ދަށުން ބަންދުކުރުމަށްފަހު ފުލުހުން ދޫކޮށްލި މީހެއް ނަމަވެސް، މިފަދަ ޙާލަތްތަކުގައި ތަޠުބީޤު ކުރަން ޖެހެނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 94 ވަނަ މާއްދާގެ )ނ( ކަން، އެ މާއްދާގެ އެއްކޮށް ކިޔުމުން ސާފެވެ" މި ފަދައިންނެވެ.
14HN2ވީމާ، ޖިނާއީ އިޖުރާއަތުގެ ގާނޫނަށް 4 ވަނަ އިސްލާހު ގެނައުމުގެ ގާނޫނުގެ ދަށުން ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 94 ވަނަ މާއްދާ އިސްލާހުކޮށްފައިވާ ގޮތަށް ބަލާއިރު، ކުށެއްގެ ތުހުމަތުގައި ހައްޔަރުކުރާ މީހަކު ބަންދުގައި ބެހެއްޓުމަށް ފަނޑިޔާރަކު އަމުރުކުރާ ފަހުން ފުލުހުން އެ މީހަކު ދޫކޮށްލާ ހާލަތުގައި އެ މީހެއްގެ ތަހުގީގު ނިންމައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހަޅަން ޖެހޭ މުއްދަތު ބަލަން ޖެހެންފުލުހުން އެ މީހަކު ބަންދުން ދޫކޮށްލި ދުވަހުން ފެށިގެނެ ކަމާމެދަކު މިހާރަކު އެއްވެސް ސުވާލެއް ނެތެވެ. އެ ކަން އ ވަނީ ސުޕްރީމް ކޯޓުން ސާފުކޮށް ކަނޑައަޅުއްވައ ނިންމަވާފައެވެ. އެހެނީ، ފުލުހުން ބަންދުން ދޫކޮށްލާ ހާލަތުގައި، ބަންދުކުރުމަށް ފުރަތަމަ އަމުރުކުރި ދުވަހުން ފެށިގެން ތަހުގީގު މުއްދަތު ބެލުމީ ގޯހެކެވެ.
15އިސްތިއުނާފުކޮށްފައިވާ ނިންމުމުގައި ބަޔާންކުރައްވާފައިވާ ދައުވާއާ ގުޅޭ ތަހުގީގު ނިންމައި ޕްރޮސްކިއުޓަރި ޖެނެރަލްގެ އޮފީހަށް ހުށަހަޅާފައި ވަނީ އެ ފަރާތަބަންދުން ދޫކޮށްލި ދުވަހުން ފެށިގެން ބަލައިފިނަމަ 45 ދުވަހުގެ ތެރޭގައި ކަމާމެދަކު މި މައްސަލާގައި ސުވާލެއް އުފެދިފައި ނުވެއެވެ.
ނިންމަން ފެންނގޮތަ
16މި ކަންކަމަށް ބަލާއިރު އިސްތިއުނާފުކޮށްފައިވާ ނިންމުމުގައި ބަޔާންކުރައްވާފައިވާ ދައުވާ ބަލައިނުގަންނަވަން ނިންމަވާފައިވާ ރަޖިސްޓްރަރގެ ނިންމުމާއި އެ ނިންމުމަށް ތާއީދުކުރައްވައި ނިންމަވާފައިވ އިސްތިއުނާފުކޮށްފައިވާ ނިންމުން ބާތިލުކޮށް، އެ ދައުވާ ބަލައިގަތުމަށް އަމުރުކޮށް މި ގަޒިއްޔާ ނިންމަން ފެނެއެވެ.
ފަނޑިޔާރު ޙަސަން ޝަފީޢުގެ ރައުޔު
17ފަނޑިޔާރު ޢަބްދުލްމާނިޢު ޙުސައިން ބަޔާންކުރެއްވި ރައުޔަށް ތާއީދުކުރަމެވެ.
ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމްގެ ރައުޔު
18ފަނޑިޔާރު ޢަބްދުލްމާނިޢު ޙުސައިން ބަޔާންކުރެއްވި ރައުޔަށް ތާއީދުކުރަމެވެ.
ހުކުމް
ދެންފަހެ އިސްވެ ބަޔާންކުޅަ ކަންކަން އެ ގޮތުގައި ހުރުމުން، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ނަންބަރު 97/2024/D/2 ދައުވާ ހުށަހަޅާ ފޯމުން މިލަދުންމަޑުލު ދެކުނުބުރީ މަނަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅި ދައުވާ ބަލައިނުގަންނަވަން ނިންމެވި ނަންބަރު D12C/B/2024/02 ރަޖިސްޓްރަރގެ ނިންމުމާއި، އެ ނިންމުމަށް ތާއީދުކުރައްވައި ނިންމެވި ނަންބަރު D12C/RNAB/2024/2 ނިންމުން ބާތިލުކަމުގައި ކަނޑައަޅައި، ހަވާލާދެވުނު ދައުވާ ބަލައިގަތުމަށް މި އިސްތިއުނާފު ބެލި ފަނޑިޔާރުންގެ އިއްތިފާގުން އަންގައި ހުކުމް ކޮށްފީމެވެ.
މި ގަޒީއްޔާ ބަލައި ހުކުމް ކުރީ:
ފަނޑިޔާރު ޢަބްދުލްމާނިޢު ޙުސައިން
ފަނޑިޔާރު ޙަސަން ޝަފީޢު
ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 94 ވަނަ މާއްދާގެ (ނ)
- ޤާނޫނު ނަންބަރު 21/2022 (ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް 4 ވަނަ އިސްލާހު ގެނައުމުގެ ޤާނޫނު)
- ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 60 ވަނަ މާއްދާގެ (ނ) އަދި (ރ)
- ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 119 ވަނަ މާއްދާ އަދި 120 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 60 ވަނަ މާއްދާ
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ)
- ޤާނޫނު ނަންބަރު 4/2011 (މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނު) ގެ 3 ވަނަ މާއްދާގެ (ނ)
- 2025/SC-A/09,10
ޝަރީޢަތުގެ ވީޑިއޯ
ހައިކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.