ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- 2023/HC-A/384، 2024/HC-A/183
- ފަހުގެ ތާރީޚު
- —
ކޯ ޓާމްސް
—
ޚުލާޞާ
- ކޯޓަށް އައި ގޮތް
- ނ.މަނަދޫ އަދި ނ.މާޅެންދޫ މެޖިސްޓްރޭޓް ކޯޓުތަކުގެ ރަޖިސްޓްރާރުން، ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 94 ވަނަ މާއްދާގެ މުއްދަތު ހަމަވުމަށްފަހު ދަޢުވާ ހުށަހެޅި ކަމަށް ބުނެ މައްސަލަ ބަލައިނުގަތުމަށް ނިންމި ނިންމުން އަލުން ބަލައި ކޯޓުތަކުން ދަމަހައްޓައި، ހިނގާނީ 94 (ހ) ކަމަށް ކަނޑައެޅިއެވެ. ހައިކޯޓުން އަޣްލަބިއްޔަތުން އެ ނިންމުންތަކަށް ތާއީދުކުރިއެވެ.
- ވާޤިޢާ
- އަޚުޒަމް ޢަބްދުއްޝަކޫރު (ޑައިމޯފިން ޓްރެފިކްކުރުމުގެ ތުހުމަތު) އާއި މުޙައްމަދު ޢީސާ (ހުއްދަނޫން ތަނަކަށް ވަނުމުގެ ތުހުމަތު) ހައްޔަރުކޮށް، ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކޮށް ކޯޓު އަމުރުން ބަންދުކުރުމަށްފަހު، ބަންދުގެ މުއްދަތު ހަމަވާން ކައިރިވެފައި ފުލުހުން ދޫކޮށްލިއެވެ. ދޫކޮށްލުމަށްފަހު ދައުލަތުން ދަޢުވާ ހުށަހެޅިއެވެ.
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކޮށް ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކުރުމަށްފަހު ފުލުހުން ބަންދުން ދޫކޮށްލާ މީހެއްގެ މައްޗަށް ދަޢުވާކުރަންޖެހޭ މުއްދަތު ހިސާބުކުރަންވާނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 94 ވަނަ މާއްދާގެ (ހ) ގެ ދަށުންތޯ ނުވަތަ (ނ) ގެ ދަށުންތޯ؛ އަދި ދައުލަތުގެ އިސްތިއުނާފު ކުރިއަށް ނުގެންދިއުމަށް ހައިކޯޓުން ނިންމުމަކީ ކޯޓުތަކުގެ ޤާނޫނުގެ 43 ވަނަ މާއްދާއާ ޚިލާފު ނިންމުމެއްތޯ.
- ޚަޞްމުންގެ ހުށަހެޅުންތައް
- ދައުލަތުން ބުނީ ހައިކޯޓުން އިސްތިއުނާފު ކުރިއަށް ނުގެންދިޔައީ ކޯޓުތަކުގެ ޤާނޫނުގެ 43 ވަނަ މާއްދާއާ ޚިލާފަށް ކަމަށާއި، 94 (ނ) ގެ ތަޠްބީޤު ހަމައެކަނި ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުނުކޮށް ފުލުހުން ދޫކޮށްލާ މީހުންނަށް ހަނިކުރުމަކީ ނައްޞުގެ ތެރެއަށް ބައެއް އިތުރުކުރުން ކަމަށެވެ. ދަޢުވާ ރައްދުވާ ފަރާތެއް ނެތެވެ.
- ކޯޓުގެ ސަބަބުތައް
- 94 (ހ) އާއި (ށ) ހިނގަނީ ބަންދުގައި ހުރި މީހުންނަށެވެ. ކޯޓު އަމުރުން ބަންދުކުރުމަށްފަހު ފުލުހުން ދޫކޮށްލާ މީހަކަށް ހިނގަނީ 94 (ނ) ކަމުން، ދޫކުރާތާ 45 ދުވަހުގެ ތެރޭގައި ތަޙުޤީޤު ނިންމައި 15 ދުވަހުގެ ތެރޭގައި ދަޢުވާ އުފުލަންވާނެއެވެ. ދެ މައްސަލައިގައިވެސް ދަޢުވާ ހުށަހެޅީ އެ މުއްދަތުގެ ތެރޭގައި ކަމުން ދަށު ކޯޓުތަކާއި ހައިކޯޓުގެ މާނަކުރުން މާނަކުރުމުގެ ހަމަތަކާ ޚިލާފެވެ.
ނިންމުން
ދަށުކޯޓުގެ ނިންމުން ބާޠިލުހައިކޯޓުގެ ޙުކުމް ބާޠިލު؛ 10 ދުވަހުގެ ތެރޭގައި ދަޢުވާ ހުށަހަޅައިފިނަމަ ދަށު ކޯޓުން ބަލައިގަންނަން ޙުކުމްކުރި
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 ދަށު ކޯޓުން ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 94 ވަނަ މާއްދާގެ (ނ) މާނަކޮށް އެ އަކުރު މައްސަލައަށް ތަޠްބީޤު ނުވާނެކަމަށް ސާފުކޮށް ނިންމާފައިވާނަމަ، އެ ނިންމުން ބިނާކުރީ 94 (ހ) ގެ މައްޗަށް ކަމުގައިވިޔަސް، 94 (ނ) މާނަކުރުމުގައި ކުށެއް ހެދިފައިވާކަމަށް ބުނެ ހުށަހަޅާ އިސްތިއުނާފީ ނުކުތާއަކީ ކުރިއަށް ގެންދެވޭނެ ނުކުތާއެކެވެ؛ (ހ) އަށް ވަކިން ޢިތުރާޟު ނުކުރި ކަމަށް ބުނެ އިސްތިއުނާފު ކުރިއަށް ނުގެންދިއުމަކީ ކޯޓުތަކުގެ ޤާނޫނުގެ 43 ވަނަ މާއްދާގެ (ހ) އިން ލިބިދޭ ފުރުޞަތު ހަނިކުރުމެވެ.
HN2 ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 94 ވަނަ މާއްދާގެ (ހ) ތަޠްބީޤުވަނީ (ށ) ގެ ހާލަތަށް ނުފެތޭ، 60 ވަނަ މާއްދާގެ ދަށުން ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކުރުމަށްފަހު ބަންދެއްގައި ހުރި މީހެއްގެ މައްސަލައަށެވެ؛ ބަންދުކުރުމަށްފަހު ފުލުހުން ދޫކޮށްލާފައިވާ މީހަކީ ބަންދުގައި ހުރި މީހެއް ނޫންކަމުން، އެފަދަ މީހެއްގެ މައްޗަށް ދަޢުވާކުރުމުގެ މުއްދަތު ގުނުމުގައި 94 (ހ) ބޭނުން ނުކުރެވޭނެއެވެ.
HN3 94 ވަނަ މާއްދާގެ (ށ) ތަޠްބީޤުވަނީ 60 ވަނަ މާއްދާގެ (ށ) ގެ ދަށުން ޝަރީޢަތް ނިމެންދެން، ނުވަތަ (ކ) ގެ ދަށުން 15 ދުވަހަށްވުރެ ދިގު މުއްދަތަކަށް ނުވަތަ ޝަރީޢަތް ނިމެންދެން ބަންދުކޮށްފައިވާ މީހުން ބަންދުގައި ތިބޭ ހާލަތުގައެވެ؛ އެ އަކުރުގެ ދަށުން މުއްދަތު ގުނުމުގައިވެސް މުއްތަހަމު ބަންދުގައި ހުރުން ލާޒިމުވެއެވެ.
HN4 94 ވަނަ މާއްދާގެ (ނ) ގެ ދަށުން، ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކުރުމަށްފަހު 60 ވަނަ މާއްދާގެ (ނ) ގެ ދަށުން ޝަރުޠަކާނުލައި ނުވަތަ (ރ) ގެ ދަށުން ޝަރުޠާއެކު ދޫކޮށްލާ މީހަކަށް ވިޔަސް، ނުވަތަ ކޯޓު އަމުރެއްގެ ދަށުން ބަންދުކުރުމަށްފަހު ފުލުހުން ދޫކޮށްލާ މީހަކަށް ވިޔަސް، ތަޙުޤީޤު ނިންމައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވަން ލިބެނީ ބަންދުން ދޫކޮށްލާ ތާރީޚުން ފެށިގެން 45 ދުވަހެވެ؛ އަދި ދަޢުވާ އުފުލަން ޕްރޮސިކިއުޓަރ ޖެނެރަލްއަށް ލިބެނީ މައްސަލަ ހުށަހެޅޭތާ 15 ދުވަހެވެ.
HN5 94 (ނ) ގައި ފުލުހުން ދޫކޮށްލާ ފަރާތްތަކަކީ ބަންދާމެދު ގޮތެއް ކަނޑައެޅުމަށް ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުނުކުރާ ފަރާތްތައް ކަމަށް އެ އަކުރުގައި ބަޔާންކޮށްފައި ނުވާތީ، އެ މާނައަށް ބަރޯސާވުމަކީ ނައްޞުން ބޭރުން އިތުރުކުރުންތަކެއް ހިމެނުމެވެ؛ މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 3 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުން ޤާނޫނުގެ ޢިބާރާތުން ވަކި މާނައެއް ދޭހަވާނަމަ އެ މާނަ ފުޅާކުރުމާއި ނުހިމެނޭ ކަންތައް ހިމެނުމަކީ ރަނގަޅު ގޮތެއް ނޫނެވެ؛ އަދި 12 ވަނަ މާއްދާގެ (ޅ) ގައިވާ ގޮތުން ސާދާ ބަސްމަގެއްގެ ނަމަ ޤަބޫލުކުރަންޖެހޭނީ މަޖިލީހުން ދޭހަކޮށްދޭން ބޭނުންވި މާނައެވެ.
HN6 ދަޢުވާކުރުމުގެ މުއްދަތު ގުނުމުގެ ބޭނުމުގައި 94 ވަނަ މާއްދާއަށް ބަލަންޖެހެނީ މީހެއްގެ ބަންދާމެދު ގޮތެއް ކަނޑައަޅާފައިވާ ހާލަތުގައެވެ؛ ހައްޔަރުކުރުމަށްފަހު ބަންދާމެދު ގޮތެއް ކަނޑައެޅުމަށް ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކޮށްފައިވާ މީހެއް ނޫންނަމަ 94 ވަނަ މާއްދާ ތަޠްބީޤުކުރަންޖެހޭ ހާލަތެއް މެދުވެރި ނުވެއެވެ.
HN7 94 ވަނަ މާއްދާގެ (ރ) އިން (ތ) އަށް ހުރި އަކުރުތަކަކީ އަވަހަށް ތަޙުޤީޤުކޮށް ދަޢުވާކުރުމާއި، ވަކި ހާލަތްތަކުގައި މުއްދަތު އިތުރުކުރުމާއި، މުއްދަތު ފަހަނައެޅުމުން ޢަމަލުކުރާނެ ގޮތް ބަޔާންކުރާ އަކުރުތަކެއް ކަމުން، ބަންދުން ދޫކޮށްލި މީހުންގެ ދަޢުވާކުރުމުގެ މުއްދަތު ގުނުމަށް އަސަރުކުރާ އަކުރުތަކެއް ނޫނެވެ.
ވަކީލުންނާއި ފަނޑިޔާރުން
- ވަކީލުން
- —
- ބެންޗު
- ޢަލީ ރަޝީދު ޙުސައިން (ރިޔާސަތު)، ޢާއިޝާ ޝުޖޫން މުޙައްމަދު، ޙުސައިން ޝަހީދު
- ރިޔާސަތު
- ޢަލީ ރަޝީދު ޙުސައިން
- ރައުޔު ލިޔުނު ފަނޑިޔާރު
- —
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.
ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔު.....1
ތަޢާރުފު.....1 ކަންހިނގާފައިވާ ގޮތް.....2
(ހ)އަޚުޒަމް ޢަބްދުއްޝަކޫރުގެ މައްސަލައާ ގުޅޭ ހާދިސާ .....2
(ށ) މުޙައްމަދު ޢީސާގެ މައްސަލައާ ގުޅޭ ހާދިސާ .....3 އިސްތިއުނާފު ކުރެވޭ މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވާ ގޮތް.....4 ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފައިވާ ނުކުތާތައް .....6 ސުޕްރީމް ކޯޓުން ގޮތް ކަނޑައަޅަންޖެހޭ ނުކުތާ .....7 ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 94 ވަނަ މާއްދާ.....7 އިސްތިއުނާފީ ފުރަތަމަ ނުކުތާ .....13 އިސްތިއުނާފީ ދެވަނަ ނުކުތާ .....16 ނިންމަން ފެންނަ ގޮތް .....25
ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔު .....26
ފަނޑިޔާރު ޙުސައިން ޝަހީދުގެ ރައުޔު .....26
ޙުކުމް .....26 بِسْمِ الرَّحْمَنِ [2025] SC 31
ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔު (ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން އަދި ފަނޑިޔާރު
ޙުސައިން ޝަހީދު ތާއީދު ކުރައްވާފައި)
ތަޢާރުފު
1މިއީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2023/HC-A/384 އަދި 2024/HC-A/183 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށްޓަކައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް (މީގެ ފަހުން "ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް" ނުވަތަ "ދައުލަތް") ގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުމުން، މި ކޯޓުގެ ނަންބަރު 2025/SC-A/09 އަދި 2025/SC-A/10 ޤަޟިއްޔާއިން ބެލި އިސްތިއުނާފީ މައްސަލަތަކުގެ ނިންމުމެވެ.
2މި މައްސަލަތަކަކީ ދަޢުވާ ރައްދުވާ ފަރާތެއް ނެތް ގޮތަށް ހުށަހަޅާފައިވާ މައްސަލަތަކެކެވެ.
3މި މައްސަލަތަކުގައި ބަޔާންކުރާ ރަޖިސްޓްރާރގެ ނިންމުންތައް އަލުންބަލައި ނިންމި ގޮތް އިސްތިއުނާފުކޮށްފައިވަނީ އެއް ޤާނޫނީ އަސާސްތަކެއްގެ މައްޗަށް ކަމުގައިވާތީ، މި ދެ މައްސަލައިގެ ޝަރީޢަތް ސުޕްރީމް ކޯޓުގައި ކުރިޔަށް ގެންގޮސްފައިވަނީ އެކު އެކީގައެވެ. އަދި މިއީ އެ ދެ މައްސަލައިގައި ސުޕްރީމް ކޯޓުން ނިންމާ ނިންމުމެވެ.
ކަންހިނގާފައިވާ ގޮތް
(ހ) އަޚުޒަމް ޢަބްދުއްޝަކޫރުގެ މައްސަލައާ ގުޅޭ ހާދިސާ
4ނ.މަނަދޫ، […] އަޚުޒަމް ޢަބްދުއްޝަކޫރު ނ.މަނަދޫ އަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތި ބޭނުންކޮށް ފުޅާދާއިރާއެއްގައި އެ ތަކެތީގެ ވިޔަފާރި ކުރާ ކަމަށް ދިވެހި ފުލުހުންގެ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސްއިން ދިން މަޢުލޫމާތަކާ ގުޅިގެން، 22 މެއި 2023 ދުވަހު، ފުލުހުން ނ.މަނަދޫ ބަހާރުގެއަށް ވަދެ، އަޚުޒަމް ޢަބްދުއްޝަކޫރު ދިރިއުޅޭ ކޮޓަރި ބަލައި ފާސްކުރިއިރު، މަސްތުވާތަކެތި ފެނިފައިވާތީއާއި، އަޚުޒަމް ޢަބްދުއްޝަކޫރުއަކީ މަސްތުވުމަށް ޑައިމޯފިން ބޭނުންކުރާ މީހެއް ކަމަށް ބުނެ އޭނާ އިޢުތިރާފުވެފައިވާތީ، އަޚުޒަމް ޢަބްދުއްޝަކޫރުގެ މައްޗަށް ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދަޢުވާ ނ. މަނަދޫ މެޖިސްޓްރޭޓް ކޯޓަށް 24 ޖުލައި 2023 ގައި ހުށަހެޅުނެވެ.
5މި މައްސަލައާ ގުޅިގެން އަޚުޒަމް ޢަބްދުއްޝަކޫރު ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކޮށްފައިވަނީ 23 މޭ 2023 ވަނަ ދުވަހުގެ 20:55 ގައެވެ. އަދި އެ ދުވަހު 03 (ތިނެއް) ދުވަހުގެ މުއްދަތަށް އަޚުޒަމް ޢަބްދުއްޝަކޫރު ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވެއެވެ. އޭގެ ފަހުން 26 މެއި 2023 ވަނަ ދުވަހު އަޚުޒަމު ޢަބްދުއްޝަކޫރުގެ ބަންދާމެދު ގޮތެއް ނިންމުމަށްޓަކައި އޭނާ ކޯޓަށް ހާޒިރުކޮށް އިތުރު 14 (ސާދަ) ދުވަހަށް އޭނާގެ ބަންދުގެ މުއްދަތު އިތުރުކޮށްފައިވެއެވެ. އެ މުއްދަތު ހަމަވާ ތާރީޚަކީ 09 ޖޫން 2023 ނަމަވެސް، މައްސަލައިގައި އަޚުޒަމް ޢަބްދުއްޝަކޫރު އިތުރަށް ބަންދުގައި ނުބެހެއްޓުމަށް ނިންމާ، ފުލުހުންވަނީ އަޚުޒަމް ޢަބްދުއްޝަކޫރު 08 ޖޫން 2023 ގައި ބަންދުން ދޫކޮށްލައިފައިވެއެވެ.
6މި މައްސަލަ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން 24 ޖުލައި 2023 ގައި މިލަދުންމަޑުލު ދެކުނުބުރީ މަނަދޫ މެޖިސްޓްރޭޓް ކޯޓަށް (މީގެފަހުން "ނ.މަނަދޫ ކޯޓު") ހުށަހެޅުމުން، އަޚުޒަމް ޢަބްދުއްޝަކޫރު ފަނޑިޔާރެއްގެ ކުރިމައްޗަށް ފުރަތަމަ ހާޒިރުކޮށްފައިވަނީ 23 މޭ 2023 ވަނަ ދުވަހުގެ 20:55 ގައި ކަމަށްވެފައި، އެ މައްސަލަ ތަޙުޤީޤު ކުރުމަށް އޮންނަ މުއްދަތު އިތުރުކޮށްފައި ނުވާތީ، ދައުލަތުގެ ފަރާތުން މި ދަޢުވާ އުފުލާފައިވަނީ ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 94 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މުއްދަތު ހަމަވިފަހުން ކަމަށް ބަޔާންކޮށް، މައްސަލަ ބަލައިނުގަތުމަށް އެ ކޯޓުގެ ނަންބަރު D1C/RN/2023/01 (31 ޖުލައި 2023) ރަޖިސްޓްރާރ ނިންމުން ނިންމާފައިވެއެވެ.
7ރަޖިސްޓްރަރގެ ނިންމުން އަލުން ބަލައިދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން 06 އޮގަސްޓް 2023 ގައި ނ.މަނަދޫ ކޯޓަށް ހުށަހެޅުމުން، އެ ކޯޓުގެ ނަންބަރު D12C/RNAB/2024/1 "ރަޖިސްޓްރާރ ނިންމުން އަލުން ބަލައި ގޮތެއް ނިންމުން" (08 އޮގަސްޓް 2023) އިން ރަޖިސްޓްރާރގެ ނިންމުމަށް ބަދަލެއް ގެންނަންޖެހޭ ތަނެއް ނެތް ކަމަށް އެ ކޯޓުން ނިންމާފައިވެއެވެ.
8ނ.މަނަދޫ ކޯޓުގެ މި ނިންމުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން، އެ މައްސަލަ ބަލާފައިވަނީ އެ ކޯޓުގެ ނަންބަރު 2023/HC-A/384 ޤަޟިއްޔާއިންނެވެ.
(ށ) މުޙައްމަދު ޢީސާގެ މައްސަލައާ ގުޅޭ ހާދިސާ 4
9ނ. މާޅެންދޫ، ބާރޑްލައިން، މުޙައްމަދު ޢީސާ، 07 ޑިސެންބަރު 2023 ވަނަ ދުވަހުގެ ވަގުތެއްގައި ނ.މާޅެންދޫ، […] އިން ވައްކަން ކުރިކަމަށް ތުހުމަތުކުރެވުނު މައްސަލައަކާ ގުޅިގެން، އެ ދުވަހު މުޙައްމަދު ޢީސާ ހައްޔަރުކުރިއެވެ. މުޙައްމަދު ޢީސާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ފުލުހުންގެ ފަރާތުން ހުށަހެޅުމުން، 07 (ހަތެއް) ދުވަހުގެ މުއްދަތައް 5 4 މިމައްސަލައިގައި ގޮތް ކަނޑައަޅާފައިވަނީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2024/HC-A/183 ޤަޝިއްޔާއިންނެވެ. 5 08 ޖަނަވަރީ 2024 އިން ފެށިގެން 15 ޖަނަވަރީ 2024 ގެ ނިޔަލަށް މުޙައްމަދު ޢީސާ ބަންދުކުރުމަށް މިލަދުންމަޑުލު ދެކުނުބުރީ ޅޮހީ މެޖިސްޓްރޭޓް ކޯޓުން ނިންމިއެވެ. މި އަމުރާ އެއްގޮތަށް މުޙައްމަދު ޢީސާ ބަންދުގައި ބަހައްޓަމުން އައިސް 15 ޖަނަވަރީ 2024 ވަނަ ދުވަހުގެ ވަގުތެއްގައި ފުލުހުންގެ ޚިދުމަތުންވަނީ މުޙައްމަދު ޢީސާގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް ހުށަހެޅުމަކާއި ނުލައި އޭނާ ބަންދުން ދޫކޮށްލައިފައެވެ.
10ދައުލަތުން މުޙައްމަދު ޢީސާގެ މައްޗަށް އެނގިހުރެ ހުއްދަ ނޫން ތަނަކަށް ވަނުމުގެ ކުށުގެ ދަޢުވާ، 10 މާރިޗު 2024 ގައި ނ.މާޅެންދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅިއެވެ. ދައުލަތުގެ ފަރާތުން މި ދަޢުވާ ހުށަހަޅާފައިވަނީ ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 94 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މުއްދަތު ހަމަވުމަށްފަހުގައި ކަމަށް ބަޔާންކޮށް، މައްސަލަ ބަލައި ނުގަތުމަށް، ނ. މާޅެންދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު D5C/2024/01 "ރަޖިސްޓްރާރގެ ނިންމުން" (30 އެޕްރީލް 2024) އިން ނިންމިއެވެ. ރަޖިސްޓްރާރގެ ނިންމުން އަލުން ބަލައިދިނުމަށް އެދި ދައުލަތުގެ ފަރާތުން ނ.މާޅެންދޫ ކޯޓަށް ހުށަހެޅުމުން، އެ ކޯޓުގެ ނަންބަރު D5C/RNAB/2024/1 "ރަޖިސްޓްރާރގެ ނިންމުން އަލުންބަލައި ގޮތެއް ނިންމުން" (30 އެޕްރީލް 2024) އިން، ރަޖިސްޓްރާރގެ ނިންމުމަށް ބަދަލުގެންނަންޖެހޭ ސަބަބެއް ނެތް ކަމުގައި ނިންމާފައިވެއެވެ.
11ނ.މާޅެންދޫ ކޯޓުގެ މި ނިންމުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން އެ މައްސަލަ ބަލާފައިވަނީ އެ ކޯޓުގެ ނަންބަރު 2024/HC-A/183 ޤަޟިއްޔާއިންނެވެ. އިސްތިއުނާފު ކުރެވޭ މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވާ ގޮތް
12ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2023/HC-A/384 އަދި ނަންބަރު 2024/HC-A/183 ޤަޟިއްޔާގެ ނިންމުމަށް ބަލާއިރު، ނ. މަނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 6 މިލަދުންމަޑުލު ދެކުނުބުރީ ޅޮހީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު D9C/MA/2024/01 ކޯޓު އަމަރު D12C/RNAB/2024/1 "ރަޖިސްޓްރާރގެ ނިންމުން އަލުންބަލައި ގޮތެއް ނިންމުން" އަދި ނ. މާޅެންދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު D5C/RNAB/2024/1 "ރަޖިސްޓްރާރގެ ނިންމުން އަލުންބަލައި ގޮތެއް ނިންމުން" ގައި ނިންމާފައިވާ ނިންމުމަށް ބަދަލު ގެންނަންޖެހޭ ފަދަ ސަބަބެއް ނެތް ކަމަށް ހައިކޯޓުގައި މައްސަލަ ބެލި ފަނޑިޔާރުންގެ އަޣްލަބިއްޔަތުން ޙުކުމްކޮށްފައިވެއެވެ.
13ހައިކޯޓުން މިފަދައިން ނިންމާފައިވަނީ އަންނަނިވި ކަންކަމުގެ މައްޗަށް ބިނާކޮށްގެންކަން އެ ރިޕޯޓަށް ބެލުމުން އެނގެން އޮވެއެވެ.
13.1 މި މައްސަލަތަކުގައި ހިމެނޭ ފަރާތްތަކުގެ މައްޗަށް ދަޢުވާ އުފުލަންޖެހެނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 94 ވަނަ މާއްދާގެ (ނ) ގައި ބަޔާންކުރާ މުއްދަތުގައި ނޫން ކަމަށާއި، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 94 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މުއްދަތުގައިކަން.
13.2 ދަށު ކޯޓުން ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 94 ވަނަ މާއްދާގެ (ނ) މާނަކޮށް ތަޠުބީޤުކޮށްފައިވަނީ ގޯސްކޮށް ކަމަށް ދައުލަތުން ހުށަހެޅި އިސްތިއުނާފުގައި ބަޔާންކޮށްފައިވާހިނދު، ދަށުކޯޓުގެ ފަނޑިޔާރުގެ ނިންމުން ބިނާކުރި ޤާނޫނީ އަސާސަކީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 94 ވަނަ މާއްދާގެ (ހ) ކަން ސާފުކޮށް އެނގެން އޮތުން.
13.3 ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 94 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ބަންދުން ދޫކޮށްލާ ދެ ހާލަތަކީ، ކުށެއްގެ ތުހުމަތުގައި ފުލުހުން ބަންދުކޮށްފައިވާ މީހެއްގެ ބަންދާމެދު ގޮތެއް ނިންމުމަށް ފަނޑިޔާރެއްގެ ކުރިމައްޗަށް ފުރަތަމަ ހާޒިރުކުރުމުން ބަންދުން ދޫކޮށްލުމަށް އަމުރުކުރާ ހާލަތާއި، ފުލުހުން ބަންދުކޮށްފައިވާ މީހެއްގެ ބަންދާމެދު ގޮތެއް ނިންމުމަށް ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުނުކޮށް ފުލުހުންނަށް ފެނިގެން ބަންދުން ދޫކޮށްލާ ހާލަތުކަން.
13.4. ބަންދުކޮށްފައިވާ މީހުންގެ ތަޙުޤީޤު ނިންމުމަށް ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 94 ވަނަ މާއްދާގެ (ހ) އަދި (ށ) ގެ ދަށުން ދީފައިވާ މުހުލަތުގެ އިތުރުން، ބަންދުން ދޫކޮށްލާ ހާލަތުގައި، ވަކިން އިތުރު މުއްދަތެއް ދޭން (ޤާނޫނުން) ކަނޑައަޅާނަމަ، ސާފުކޮށް އެ މާއްދާގައި އެކަން ބަޔާންކޮށްފައިވާނެކަން.
13.5. ތަޙުޤީޤު ނިންމުމަށް ލިބޭ މުއްދަތު ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 94 ވަނަ މާއްދާގެ (ނ) ގައި ކަނޑައަޅާފައިވާއިރު، އެ މުހުލަތުގެ ވަކި ހިސާބަކުން ބަންދުގައި ހުރި މީހާ ކޯޓުން ނުވަތަ ފުލުހުންވިޔަސް ދޫކޮށްލައިފިނަމަ، ތަޙުޤީޤު ނިންމުމަށް އިތުރު މުހުލަތެއް ލިބޭ ގޮތަށް ޤާނޫނު އަންދާޒާކޮށްފައިވާނުވާ ކަމާއި އެކަމަކީ ރައްކާތެރި ކަމެއް ނޫންކަން.
14ފާހަގަކުރެވުނު މަނަދޫ މެޖިސްޓްރޭޓް ކޯޓު އަދި މާޅެންދޫ މެޖިސްޓްރޭޓް ކޯޓުގެ ނިންމުން ދިވެހިރާއްޖޭގެ ހައިކޯޓުގައި ވަކި ދެ ޤަޟިއްޔާއެއްގެ ގޮތުގައި ރަޖިސްޓަރީކޮށްފައި އޮތް ނަމަވެސް، އެ ދެ ޤަޟިއްޔާ ހައިކޯޓުގައި ހިންގާފައިވަނީ އެކުއެކީގައި ކަމުން، މި ދެ ޤަޟިއްޔާގައި ހިމެނެނީ އެކެއް (1) "ޝަރީޢަތް ނިމުނު ގޮތް" ރިޕޯޓުކަން ފާހަގަކުރަމެވެ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފައިވާ ނުކުތާތައް
15ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2023/HC-A/384 އަދި 2024/HC-A/183 ޤަޟިއްޔާގެ ނިންމުން އިސްތިއުނާފު ކުރުމުގެ ގޮތުން ދައުލަތުން ހުށަހަޅާފައިވަނީ 2 (ދޭއް) ނުކުތާއެވެ.
15.1. ދިވެހިރާއްޖޭގެ ހައިކޯޓުން މައްސަލަ ނިންމުމުގައި އިސްތިއުނާފީ އޮޅިގަނޑު ގިރާކުރެވިފައި ނުވާކަމަށް ނިންމާފައިވަނީ ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 43 ވަނަ މާއްދާއާ ޚިލާފަށް ކަމަށް ބުނެ ހުށަހެޅި ސަބަބު.
15.2. ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 94 ވަނަ މާއްދާގެ (ނ) މާނަކޮށް ތަޠުބީޤުކޮށްފައިވަނީ ޤާނޫނު ނަންބަރު 4/2011 (މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނު) ގެ 3 ވަނަ މާއްދާގެ (ނ) އާއި (ރ)، އަދި އެ ޤާނޫނުގެ 12 ވަނަ މާއްދާގެ (ޅ) އާ ޚިލާފަށް ކަމަށް ބުނެ ހުށަހެޅި ސަބަބު.
ސުޕްރީމް ކޯޓުން ގޮތް ކަނޑައަޅަންޖެހޭ ނުކުތާ
16މި މައްސަލައިގައި ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާތަކަށް ބަލާއިރު، ސުޕްރީމް ކޯޓުގެ ކުރިމަތީގައި އޮތް ޤާނޫނީ ސުވާލަކީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 94 ވަނަ މާއްދާގެ ދަށުން ދަޢުވާ އުފުލަންޖެހޭ މުއްދަތާމެދު ކުރިމަތިކޮށްފައިވާ ސުވާލެކެވެ.
17އެހެންކަމުން، އިސްތިއުނާފީ ނުކުތާތަކުގައި ހުށަހަޅާފައިވާ ފަދައިން، ހައިކޯޓުގެ ނިންމުމަކީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު އަދި މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނާއި ޚިލާފަށް ނިންމާފައިވާ ނިންމުމެއް ކަމުގައި ބުނެ ހުށަހަޅާފައިވާ ކަންކަމަށް ބެލުމުގެ ކުރިން، ޚުޞޫމާތް އުފެދުމާއި ހަމައަށް ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 94 ވަނަ މާއްދާއަށް އައިސްފައިވާ ބަދަލުތަކާއެކު، އެ މާއްދާގައި ހުރި ކަންކަމަށް ނަޒަރުކުރުން މުހިންމު ކަމުގައި ދެކެމެވެ.
ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 94 ވަނަ މާއްދާ
182 މެއި 2016 ދުވަހު ޖިނާއީ އިޖުރާއަތުގެ ޤާނޫނު ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރި ފަހުން އެކި ފަހަރުމަތިން އެ ޤާނޫނަށް އިސްލާޙު ގެނެސްފައިވެއެވެ. އެހެންކަމުން، މި މައްސަލައިގެ ބޭނުމަށްޓަކައި، ދަޢުވާ ކުރުމަށް ޤާނޫނުން ކަނޑައަޅާފައިވާ މުއްދަތުތައް ދެނެގަތުމުގެ ބޭނުމުގައި، 2024 މާރިޗު މަހުގެ ނިޔަލަށް ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 94 ވަނަ މާއްދާއަށް ގެނެވިފައިވާ ބަދަލުތައް ތިރީގައިވާ ތާވަލުގައި ހިމަނަމެވެ. ޤާނޫނު (ފުރަތަމަ ފާސްކުރި) ހަތަރުވަނަ އިސްލާޚު 10
(ހ) ދަޢުވާލިބޭ ފަރާތަކީ 60 ވަނަ މާއްދާގެ (ށ) ގެ ދަށުން [ނަރީޢަތް ނިމެންދެން] ބަންދުކޮށްފައިވާ މީހެއްނަމަ، އޭނާ ފަނޑިޔާރެއްގެ ކުރިމައްޗަށް ފުރަތަމަ ހާޒިރުކުރެވޭތާ 30 ދުވަހުގެ ތެރޭގައި ދަޢުވާ އުފުލުން. ދަޢުވާލިބޭ ފަރާތަކީ 60 ވަނަ މާއްދާގެ (ށ) ގެ ދަށުން [ނަރީޢަތް ނިމެންދެން] ބަންދުކޮށްފައިވާ މީހެއްނަމަ، އޭނާ ފަނޑިޔާރެއްގެ ކުރިމައްޗަށް ފުރަތަމަ ހާޒިރުކުރެވޭތާ 30 ދުވަހުގެ ތެރޭގައި ތަޙުޤީޤު ނިންމައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް މައްސަލަ ފޮނުވުން، އަދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް މައްސަލަ ހުށަހެޅޭތާ 10 ދުވަހުގެ ތެރޭގައި ދަޢުވާ އުފުލުން. ދަމާއްދާގެ (ށ) މިމާއްދާގެ (ށ) ބަޔާންކޮށްފައިވާ ހާލަތުގައި ފިޔަވައި، ދަޢުވާލިބޭ ފަރާތަކީ 60 ވަނަ މާއްދާގެ ދަށުން ބަންދުކޮށްފައިވާ މީހެއްނަމަ، ބަންދުކޮށްފައިވާ މީހެއްނަމަ، އޭނާ ފަނޑިޔާރެއްގެ ކުރިމައްޗަށް ފުރަތަމަ އެރޭގައި ތަޙުޤީޤު ނިންމައި ޕްރޮސިކިއުޓަރ ޖެނެރަލްގެ ޕްރޮސިކިއުޓަރ މައްސަލަ ފޮނުވުން، އަދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް މައްސަލަ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް މައްސަލަ ހުށަހެޅޭތާ 15 ދުވަހުގެ ތެރޭގައި ދަޢުވާ އުފުލުން.
(ށ) ދަޢުވާލިބޭ ފަރާތަކީ ޝަރީޢަތް ނިމެންދެން ބަންދު ކުރުމަށްފަހު، 60 ވަނަ މާއްދާގެ (ނ) [ކުށްކުރިކަމަށް ތުހުމަތުކުރެވޭ އެކަށީގެންވާ ހެކި ލިބިފައި ނެތުމުގެ ސަބަބުން ދޫކޮށްލުން] ނުވަތަ (ރ) [ކަފާލާތުގެ ދަށުން ނުވަތަ ޝަރުތުތަކާއެކު ދޫކޮށްލުން] ގެ ދަށުން ދޫކޮށްލާފައިވާ މީހެއްނަމަ، އޭނާ ދަޢުވާލިބޭ ފަރާތަކީ ޝަރީޢަތް ނިމެންދެން ބަންދު ކުރުމަށްފަހު، 60 ވަނަ މާއްދާގެ (ނ) [ކުށްކުރިކަމަށް ތުހުމަތުކުރެވޭ އެކަށީގެންވާ ހެކި ލިބިފައި ނެތުމުގެ ސަބަބުން ދޫކޮށްލުން] ނުވަތަ (ރ) [ކަފާލާތުގެ ދަށުން ނުވަތަ ޝަރުތުތަކާއެކު ދޫކޮށްލުން] ގެ ދަށުން ދޫކޮށްލާފައިވާ މީހެއްނަމަ، އޭނާ ދަޢުވާލިބޭ ފަރާތަކީ 60 ވަނަ މާއްދާގެ (ށ) ގެ ދަށުން [ނަރީޢަތް ނިމެންދެން] ބަންދުކޮށްފައިވާ ހާލަތުގައި ދަޢުވާ އުފުލުން. ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 94 ވަނަ މާއްދާ އާއި އެ މާއްދާއަށް ގެނެސްފައިވާ ބަދަލުތައް ތާވަލުގައި ލިޔެފައިވަނީ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތް ދައްކުވާދިނުމުގެ ގޮތުން ކަމުގައިވާނަމަވެސް، ތާވަލުގައިވަނީ އެ މާއްދާގެ އަކުރުތައް ހުރިގޮތަށް ނަކަލުކޮށްފައި ނޫންކަން ފާހަގަކުރަމެވެ. 9 ޤާނޫނު ނަންބަރު 21/2020 (ޤާނޫނު ނަންބަރު 2016/12 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) އަށް 3 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު) - ތަސްދީޤުކޮށް ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފައިވަނީ 22 ސެޕްޓެންބަރު 2020 ގައެވެ. 10 ޤާނޫނު ނަންބަރު 21/2022 (ޤާނޫނު ނަންބަރު 2016/12 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) އަށް 4 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު) ތަސްދީޤުކޮށް ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފައިވަނީ 24 ނޮވެންބަރު 2022 ގައެވެ. ޤާނޫނު (ފުރަތަމަ ފާސްކުރި) އޭނާ ފަނޑިޔާރެއްގެ ކުރިމައްޗަށް ފުރަތަމަ ހާޒިރުކުރެވޭތާ 45 ދުވަހުގެ ތެރޭގައި ތަޙުޤީޤު ނިންމައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް މައްސަލަ ފޮނުވުން، އަދި ޕްރޮސިކިއުޓަރ ފަނޑިޔާރެއްގެ ކުރިމައްޗަށް ފުރަތަމަ ހާޒިރުކުރެވޭތާ 45 ދުވަހުގެ ތެރޭގައި ތަޙުޤީޤު ފޮނުވުން، އަދި ޕްރޮސިކިއުޓަރ ފަނޑިޔާރެއްގެ ކުރިމައްޗަށް ފުރަތަމަ ހާޒިރުކުރެވޭތާ 45 ދުވަހުގެ ތެރޭގައި ދަޢުވާ އުފުލުން. ދަޢުވާލިބޭ ފަރާތަކީ ޝަރީޢަތް ނިމެންދެން ބަންދު ކުރުމަށްފަހު، 60 ވަނަ މާއްދާގެ (ނ) [ކުށްކުރިކަމަށް ތުހުމަތުކުރެވޭ އެކަށީގެންވާ ހެކި ލިބިފައި ނެތުމުގެ ސަބަބުން ދޫކޮށްލުން] ނުވަތަ
(ރ) [ކަފާލާތުގެ ދަށުން ނުވަތަ ޝަރުތުތަކާއެކު ދޫކޮށްލުން] ގެ ދަށުން ދޫކޮށްލާފައިވާ މީހެއްނަމަ، ނުވަތަ އޭނާ ދޫކޮށްލާފައިވަނީ ފުލުހުން ކަމުގައިވާނަމަ، އޭނާ ބަންދުންދޫކޮށްލާތާ 45 ދުވަހުގެ ތެރޭގައި ތަޙުޤީޤު ފޮނުވުން، އަދި ޕްރޮސިކިއުޓަރ ޤާނޫނުގައި ބަޔާންކުރާ މުއްދަތު ހަމަވުމުގެ ކުރިންވެސް، ވީއެންމެ އަވަހަކަށް ތަޙުޤީޤު ފޮނުވުން، އަދި ދަޢުވާ އުފުލުމަށް ދީފައިވާ މުއްދަތަށްވުރެ ކުރިންވެސް، ވީއެންމެ އަވަހަކަށް ދަޢުވާ އުފުލުމަށް މަސައްކަތްކުރުން.
(ނ) ޤާނޫނުގައި ބަޔާންކުރާ މުއްދަތުގެ ތެރޭގައި ދަޢުވާ އުފުލުމަށް މަގުފަހި ކުރުމަށްޓަކައި، ޤާނޫނު ތަންފީދުކުރާ އިދާރާތަކުން އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި ތަޙުޤީޤު ނިންމާ، ޕްރޮސިކިއުޓަރ ޖެނެރަލްއަށް ފޮނުވުން. ފާނޫނު (ފުރަތަމަ ފާސްކުރި) މި މާއްދާގެ (ހ) އަދި (ނ) ގައި މުއްދަތު ކަނޑައަޅާފައި ވާނަމަވެސް، އެ މުއްދަތު ހަމަވުމުގެ ކުރިންވެސް، ވީއެންމެ އަވަހަކަށް ތަޙުޤީޤު ނިންމައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް މައްސަލަ ފޮނުވުން، އަދި ދަޢުވާ އުފުލުމަށް ދީފައިވާ މުއްދަތަށްވުރެ ކުރިންވެސް، ވީއެންމެ އަވަހަކަށް ދަޢުވާ އުފުލުމާމެދު ގޮތެއް ނިންމުމަށް ޕްރޮސިކިއުޓަރ ޖެނެރަލް މަސައްކަތްކުރަންވާނެ. ޝަރީޢަތް ނިމެންދެން ބަންދުކޮށްފައިވާ މީހެއްގެ މައްޗަށް ތުހުމަތުކުރަނީ ޖިނާއީ، ބޮޑުކުށަކަށް ކަމުގައިވެފައި، ބަޔާންކޮށްފައިވާ މުއްދަތުގައި ތަހުޤީޤު ފުރިހަމަ ނުކުރެވޭނެނަމަ، ސަބަބު ބަޔާންކޮށް ތަޙުޤީޤު މުއްދަތު އިތުރު ކުރުމަށްޓަކައި ޕްރޮސިކިއުޓަރ ޖެނެރަލްއަށް ހުށަހެޅިދާނެ. އެހެންނަމަވެސް ޕްރޮސިކިއުޓަރ ޖެނެރަލް އިތުރުކޮށްދޭ މުއްދަތު 30 ދުވަހަށްވުރެ އިތުރުވެގެން ނުވާނެ. ޝަރީޢަތް ނިމެންދެން ބަންދުކޮށްފައިވާ މީހެއްގެ މައްޗަށް ތުހުމަތުކުރަނީ ޖިނާއީ، ބޮޑުކުށަކަށް ކަމުގައިވެފައި، ބަޔާންކޮށްފައިވާ މުއްދަތުގައި ތަހުޤީޤު ފުރިހަމަ ނުކުރެވޭނެނަމަ، ތަޙުޤީޤަށް މުއްދަތު އިތުރުކުރުމަށްޓަކައި ގިނަވެގެން އިތުރު 30 ދުވަސް ހޯދުމަށްއެދި ޕްރޮސިކިއުޓަރ ޖެނެރަލްއަށް ހުށަހެޅިދާނެ. އެހެންނަމަވެސް އިތުރުކޮށްދޭ 30 ދުވަސް ހަމަވުމުގެ ކުރިން ދަޢުވާއުފުލަންވާނެ. މި މާއްދާގެ (ހ) ގައި އެހެން އޮތްނަމަވެސް، ތުހުމަތުކުރެވޭ ކުށަކީ ޖިނާއީ ބޮޑު ކުށެއް ކަމުގައިވެފައި، ކަނޑައެޅިފައިވާ މުއްދަތުގައި ތަޙުޤީޤު ފުރިހަމަ ނުކުރެވޭނެނަމަ، މައްސަލައިގެ ތަޙްޤީޤު ފުރިހަމަކުރުމަށްޓަކައި މުއްދަތު އިތުރުކޮށްދިނުމަށް، ސަބަބާއެކު ޕްރޮސިކިއުޓަރ ޖެނެރަލްއަށް ހުށަހެޅިދާނެ. އެހެންނަމަވެސް ޕްރޮސިކިއުޓަރ ޖެނެރަލް އިތުރުކޮށްދޭ މުއްދަތު 60 ދުވަހަށްވުރެ އިތުރުވެގެން ނުވާނެ. މި މާއްދާގެ (ށ) އަދި (ނ) ގައި އެހެން އޮތްނަމަވެސް، ތުހުމަތުކުރެވޭ ކުށަކީ ޖިނާއީ، ބޮޑު ކުށެއް ކަމުގައިވެފައި، ކަނޑައެޅިފައިވާ މުއްދަތުގައި ތަޙުޤީޤު ފުރިހަމަ ނުކުރެވޭނެނަމަ، މައްސަލައިގެ ތަޙްޤީޤު ފުރިހަމަކުރުމަށްޓަކައި މުއްދަތު އިތުރުކޮށްދިނުމަށް، ސަބަބާއެކު ޕްރޮސިކިއުޓަރ ޖެނެރަލްއަށް ހުށަހެޅިދާނެ. އެހެންނަމަވެސް ޕްރޮސިކިއުޓަރ ޖެނެރަލް އިތުރުކޮށްދޭ މުއްދަތު 45 ދުވަހަށްވުރެ އިތުރުވެގެން ނުވާނެ. މި މާއްދާގެ (ނ) ގައި އެހެން އޮތްނަމަވެސް، ދަޢުވާލިބޭ ފަރާތަކީ ޝަރީޢަތް ނިމެންދެން ބަންދު ކުރުމަށްފަހު، (ށ) ގައިވާ ފަދައިން ދޫކޮށްލާފައިވާ މީހެއް ކަމުގައިވެފައި، ބަޔާންކޮށްފައިވާ މުއްދަތުގައި ތަހުޤީޤު ފުރިހަމަ ނުކުރެވޭނެނަމަ، ސަބަބު ބަޔާންކޮށް ތަޙުޤީޤަށް މުއްދަތު އިތުރުކުރުމަށްޓަކައި ޕްރޮސިކިއުޓަރ ޖެނެރަލްއަށް ހުށަހެޅިދާނެ. އެހެންނަމަވެސް އިތުރުކޮށްދޭ މުއްދަތު 45 ދުވަހަށް ވުރެ އިތުރުވެގެން ނުވާނެ. އަދި އެ 45 ދުވަސް 10 ހަތަރުވަނަ އިސްވާޚު9 ތިންވަނަ އިސްވާޚުފާނޫނު (ފުރަތަމަ ފާސްކުރި) އިތުރުކޮށްދޭއިރު އިތުރުކޮށްދެވޭނީ ދުވަހަށްވުރެ ދިގުނުވާ ގޮތަށް. ހަމަވުމުގެ ކުރިން ދަޢުވާއުފުލަންވާނެ.
(ބ) ގައިވާ ފަދައިން މުއްދަތު އިތުރުކުރުމަށް ހުށަހަޅާނީ ޤާނޫނު ތަންފީޛުކުރާ އިދާރާއިން. އަދި އެކަމާމެދު ނިންމާގޮތެއް، ސަބަބާއެކު ލިޔުމުން ބަޔާންކުރަންވާނެ. (ރ) އަދި (ބ) ގައިވާ ފަދައިން މުއްދަތު އިތުރުކުރުމަށް ހުށަހަޅާނީ ޤާނޫނު ތަންފީޛުކުރާ އިދާރާއިން. އަދި މުއްދަތު އިތުރުކޮށްދޭނަމަ، އެކަން ލިޔުމުން ބަޔާންކުރަންވާނެ. (ރ) އަދި (ބ) ގައިވާ ފަދައިން މުއްދަތު އިތުރުކޮށްދީފައިވާނަމަ، ދަޢުވާއާއެކު މުއްދަތު އިތުރުކޮށްދޭންޖެހުނު ސަބަބު ބަޔާންކުރާ ލިޔުމެއް ކޯޓަށް ހުށަހަޅަންވާނެ.
(ބ) ގައިވާ މުއްދަތުގައި ތަޙުޤީޤު ފުރިހަމަ ކުރުމަށްފަހު ދަޢުވާކުރުމަށް ހުށަނޭޅިއްޖެނަމަ، ނުވަތަ ދަޢުވާކުރާ މިންވަރަށް ހެކި ލިބިފައިނުވާނަމަ، ތަޙުޤީޤީ އިދާރާއިން އެމީހަކު ބަންދުން ދޫކޮށްލަންވާނެ. (ރ) އަދި (ބ) ގައިވާ ފަދައިން މުއްދަތު އިތުރުކޮށްދީފައިވާނަމަ، ދަޢުވާއާއެކު މުއްދަތު އިތުރުކޮށްދޭންޖެހުނު ސަބަބު ބަޔާންކުރާ ލިޔުމެއް ކޯޓަށް ހުށަހަޅަންވާނެ. އަދި މި މާއްދާގެ (ހ) އަދި (ށ) ގައިވާ މުއްދަތުގެ ފަހުން ކޯޓަށް ދަޢުވާ ހުށަހަޅާނަމަ، އެކަމުގެ ސަބަބު ލިޔުމުން ކޯޓަށް ހުށަހަޅަންވާނެ. --- (ކ)
(ކ) ގެ ދަށުން މީހަކު ދޫކޮށްލާއިރު، ޤާނޫނުގެ 75 ވަނަ މާއްދާގެ ދަށުން ފުރުން މަނާކުރާ ޙާލަތެއްވާނަމަ، ތަޙުޤީޤީ އިދާރާއިން އެކަމަށް އެދި ކޯޓަށް ހުށަހެޅިދާނެ. --- --- (އ) ފުރަތަމަ ފާސްކުރި) ޤާނޫނު
(ބ) ގައިވާ މުއްދަތުގައި ދަޢުވާކުރާ މިންވަރަށް ހެކި ލިބިފައިނުވުމުގެ ސަބަބުން ތަޙުޤީޤު ފުރިހަމަ ނުކުރެވޭނަމަ، ތުހުމަތުގައިވާ މީހާ ބަންދުން ދޫކޮށްލި ނަމަވެސް، ފަހުން އައު ހެކި ލިބިއްޖެނަމަ، އެމީހެއްގެ މައްޗަށް ދަޢުވާކުރުމުން މިމާއްދާއިން ހުރަހެއް ނާޅާ.
(ވ)
(ވ) ގެ ބޭނުމަށްޓަކައި އައު ހެކި ކަމަށް ބުނެފައިވަނީ ތަހުޤީޤު ހިންގިއިރު ތަހުޤީޤު އިދާރާއިން އެކަށީގެންވާ މަސައްކަތް ކޮށްގެންވެސް ލިބިފައިނުވާ ހެއްކާއި، ތަޙުޤީޤު ހިނގިއިރު ވުޖޫދުގައިވީނަމަވެސް އެ ހެއްކަށް ވާސިލުވެފައި ނުވުމުގެ ސަބަބުން ހާމަވެފައިނުވާ ހެއްކަށް.
(މ) އައު ހެކި ލިބިގެން (ވ) ގެ ދަށުން ދައުވާކުރާނަމަ،(ނ) ގައި ބުނާ މުއްދަތުގައި ތަޙުޤީޤު ނިންމައި ދަޢުވާ އުފުލަންވާނެއެވެ. އަދި އެ ހާލަތުގައިވެސް ދަޢުވާކުރެވޭނީ ޤާނޫނުލްއުޤޫބާތު 11 ގެ 61 ވަނަ މާއްދާގައިވާ ގޮތަށް،
(ފ) 11 ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްއުޤޫބާތު) ފާނޫނު (ފުރަތަމަ ފާސްކުރި) ތިންވަނަ އިސްލާޚު 9 ހަތަރުވަނަ އިސްލާޚު 10 ޖިނާޔަތުގެ ތެރޭގައި ހިމެނޭ ކުށްތަކުގައި ކުށްކުރި ވަގުތުން ފެށިގެން 8 އަހަރު ދުވަސް، އަދި ޖުނަޙުގެ ތެރޭގައި ހިމެނޭ ކުށްތަކުގައި ކުށްކުރި ވަގުތުން ފެށިގެން 3 އަހަރު ދުވަސް ފާއިތުވެފައި ނުވާނަމަ.
(ދ)
(ފ) ގައި އެހެން އޮތްނަމަވެސް، ޤުރުއާނުގައި ހައްދު ކަނޑައަޅާފައިވާ ކުށްތަކާއި، މީހެއްގެ މަރާ ގުޅިގެން ތުހުމަތު އުފުލޭނަމަ، އައު ހެކި ލިބިގެން ދަޢުވާކުރުމަށް ކަނޑައަޅާފައިވާ މުއްދަތުތަކުން އިސްތިސްނާ ވާކަން.
(ތ)
(ވ) ގެ ދަށުން ތުހުމަތުކުރާ ހާލަތުގައި، މި ޤާނޫނުގައި މީހަކު ބަންދުކުރަން ހުއްދަކުރާ ސަބަބެއް އޮތްނަމަ، އެމީހަކު ބަންދުގައި ބެހެއްޓުމަށް ތަޙުޤީޤު އިދާރާއަށް އެދެވިދާނެ.
އިސްތިއުނާފީ ފުރަތަމަ ނުކުތާ
19ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ ފުރަތަމަ އިސްތިއުނާފީ ނުކުތާގައި ބަޔާންކޮށްފައިވާ ގޮތުން، ހައިކޯޓުން މައްސަލަ ނިންމާފައިވަނީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 43 ވަނަ މާއްދާ 12އާ 12 ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާޒޫނުގެ 43 ވަނަ މާއްދާގައި ބަޔާންކޮށްފައި އޮންނަނީ ދަށު ކޯޓުތަކާއި ޓްރައިބިއުނަލްތަކުގެ ނިންމުޠްޓާޢާ ހައިކޯޓުން އިސްތިއުނާފުކުރެވޭނެ ޙާލަތްތަކެވެ. ޚިލާފަށެވެ. ދައުލަތުގެ ފަރާތުން މިފަދައިން ހުށަހަޅާފައިވަނީ ހައިކޯޓުގެ އަޣްލަބިއްޔަތު ރައުޔުން ދަށުކޯޓުގެ ނިންމުން ދަމަހައްޓާފައިވާއިރު، އަޣްލަބިއްޔަތު ރައުޔުގައި ހިމެނޭ ދެ ފަނޑިޔާރުންގެ ރައުޔުތަކަށް ބެލުމުން، (ދަށުކޯޓުގެ ނިންމުމަށް ތާއީދުކުރުމުގެ) އެ ނަތީޖާއަށް ވާސިލުވެފައިވަނީ ތަފާތު ސަބަބުތަކެއްގެ މައްޗަށް ކަމުގައިވެފައި، އަޣްލަބިއްޔަތު ރައުޔުގައި ހިމެނޭ ފަނޑިޔާރު ޙަސަން ޝަފީޢުގެ ރަޢުޔުގައި ހުރިކަމަށް ދައުލަތަށް ފެންނަ އުނިކަންތަކެއްގެ މައްޗަށް ބިނާކޮށެވެ.
20އެގޮތުން، ފަނޑިޔާރު ޙަސަން ޝަފީޢުގެ ރަޢުޔުގައި، ދައުލަތުގެ ފަރާތުން ހައިކޯޓަށް ހުށަހަޅާފައިވަނީ އެންމެ ނުކުތާއެއް ކަމަށާއި، އެއީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 94 ވަނަ މާއްދާގެ (ނ) މާނަކޮށް ތަޠުބީޤުކޮށްފައިވަނީ ގޯސްކޮށް ކަމުގައި ބަޔާންކޮށް ހުށަހަޅާފައިވާ ނުކުތާއެއް ކަމުގައިވާހިނދު، ދަށު ކޯޓުގެ ފަނޑިޔާރުގެ ނިންމުން ބިނާކުރި ޤާނޫނީ އަސާސަކީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 94 ވަނަ މާއްދާގެ (ހ) ކަމުގައިވާތީ، ދަށުކޯޓުން ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 94 ވަނަ މާއްދާގެ (ހ) ތަޠުބީޤުކުރިގޮތް ގޯސްކަމަށް ފާހަގަކޮށް، އެކަމުގައި އުފެދޭ ޤާނޫނީ ބަހުސަކީ ކޮބައިކަން ދައުލަތުގެ ފަރާތުން ފާހަގަކޮށްފައި ނުވާތީ، ދައުލަތުން ހުށަހަޅާފައިވާ ގޮތަށް އިސްތިއުނާފު ކުރިއަށް ގެންދެވިދާނެ ކަމަށް ނުފެންނަ ކަމަށް ކަނޑައަޅާފައިވަނީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 43 ވަނަ މާއްދާއާ ޚިލާފަށް ކަމުގައި ދައުލަތުން ބުނެއެވެ.
21HN1ދައުލަތުގެ ފަރާތުން ބަޔާންކުރާ ގޮތުގައި، ނ. މަނަދޫ ކޯޓުގެ ނިންމުމަށާއި ނ. މާޅެންދޫ ކޯޓުގެ ނިންމުމަށް ބެލުމުން، މި މައްސަލައިގައި އޮތް ހާލަތަށް ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 94 ވަނަ މާއްދާގެ (ނ) ތަޠުބީޤުނުކުރެވޭނެކަމަށް އެ ކޯޓުން ނިންމާފައިވާކަން ސާފުކޮށް އެނގެން އޮތުމުން، އެ ނިންމުން ޤާނޫނާ ޚިލާފުކަމަށް ދެކިގެން ދައުލަތުން ހައިކޯޓަށް ހުށަހެޅި އިސްތިއުނާފީ ނުކުތާއަކީ، ދަށުކޯޓުގެ ފަނޑިޔާރު ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 94 ވަނަ މާއްދާގެ (ނ) މާނަކޮށް ތަޠުބީޤުކޮށްފައިވަނީ މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 3 ވަނަ މާއްދާގެ (ނ) އާ ޚިލާފަށް ކަމުގައި ބަޔާންކޮށް ހުށަހެޅި ނުކުތާ ކަމަށެވެ. އެގޮތުން ރަޖިސްޓްރާރގެ ނިންމުން އަލުން ބަލައިދިނުމަށް އެދި ހުށަހެޅުމުން، ދަށުކޯޓުގެ ފަނޑިޔާރު ނިންމަވާފައިވަނީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން އެދިފައިވާގޮތަށް ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 94 ވަނަ މާއްދާގެ (ނ) ތަޠުބީޤުކުރެވޭނީ ތުހުމަތުކުރެވޭ މީހާ ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކުރެވޭހިނދު، އެ ޤާނޫނުގެ 60 ވަނަ މާއްދާގެ
(ނ) ނުވަތަ (ރ) ގެ ދަށުން ދޫކޮށްލެވޭ މީހުންނާއި، ހައްޔަރުކުރުމަށްފަހު ބަންދާމެދު ގޮތެއް ނިންމުމަށް ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުނުކޮށް ދޫކޮށްލާ މީހުންނަށް ކަމުގައެވެ. އަދި ދަށުކޯޓުގެ ދެ ނިންމުމުގައިވެސް، އެއިން ކޮންމެ މައްސަލައެއްގައި ހިމެނޭ މުއްތަހަމަކީ ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކޮށް ބަންދުގައި ބެހެއްޓުމަށް ނިންމުނު ފަރާތެއްކަމުގައިވާތީ، އަދި ޝަރީޢަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ނިންމާފައިވާ ފަރާތްތަކެއް ކަމުގައި ނުވާތީ، އެ ފަރާތްތަކުގެ މައްޗަށް ދަޢުވާ އުފުލަންޖެހޭނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 94 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ މުއްދަތުގެ ތެރޭގައި ކަމަށް ނ. މަނަދޫ ކޯޓުންނާއި ނ. މާޅެންދޫ ކޯޓުން ކަނޑައަޅާފައިވާ ކަމަށެވެ.
22ދައުލަތުގެ ފަރާތުން ފާހަގަކޮށްފައިވާ ފަދައިން، ނ. މަނަދޫ ކޯޓުންނާއި ނ. މާޅެންދޫ ކޯޓުން ރަޖިސްޓްރަރގެ ނިންމުން މުރާޖަޢާކޮށް ނިންމާފައިވާ ނިންމުންތަކުގައި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 94 ވަނަ މާއްދާގެ (ނ) މާނަކޮށްފައިވެއެވެ. އެގޮތުން ކުށެއްގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފައިވަނީ ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތިންކަން ނުވަތަ ނޫންކަން ކަނޑައެޅުމަށްޓަކައި ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކޮށްފައިވާ މީހާ، ބަންދުގައި ބެހެއްޓުމަށް ފަނޑިޔާރު ނިންމުމުން، އެ ގޮތުގައި އެ މީހާ ބަންދުގައި ބަހައްޓަމުން ގޮސް ފަނޑިޔާރު ދީފައިވާ މުއްދަތު ހަމަވީމާ ނުވަތަ ހަމަވާން ކައިރިވީމާ ދިވެހި ފުލުހުންގެ ޚިދުމަތުން އެ މީހާ ދޫކޮށްލުމުން މި މާއްދާއަށް ޢަމަލު ނުކުރެވޭނެ ކަމަށް ޤަބޫލުކުރެވޭ ކަމަށް އެ ދެ ކޯޓުގެ ނިންމުމުގައިވެސް ބަޔާންކޮށްފައިވެއެވެ.
23އެހެންކަމުން، ދައުލަތުގެ ފަރާތުން ހައިކޯޓަށް ހުށަހަޅާފައި އޮތް އިސްތިއުނާފީ ނުކުތާއަކީ އެ ނިންމުންތަކުގައި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 94 ވަނަ މާއްދާގެ (ނ) މާނަކޮށް ތަޢުބީޤުކޮށްފައިވަނީ ގޯސްކޮށް ކަމުގައި ބަޔާންކޮށް ހުށަހަޅާފައިވާ ނުކުތާއެއް ކަމުގައިވާތީ، ދަށުކޯޓުގެ ފަނޑިޔާރުގެ ނިންމުން ބިނާކުރި ޤާނޫނީ އަސާސަކީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 94 ވަނަ މާއްދާގެ
(ހ) ކަމުގައިވުމުން، އެކަމުގައި އުފެދޭ ޤާނޫނީ ބަހުސަކީ ކޮބައިކަން ދައުލަތުގެ ފަރާތުން ފާހަގަކޮށްފައި ނުވާ ކަމުގައި ބުނެ، އިސްތިއުނާފު ކުރިއަށް ނުގެންދެވޭނެކަމަށް ހައިކޯޓުގެ އަޣްލަބިއްޔަތު ރައުޔަށް ވާސިލުވި ސަބަބުތަކުގެ ތެރޭގައި ކަނޑައަޅާފައިވަނީ މައްސަލައިގެ ފަސްފަހަތަށާއި މައްސަލައިގައި ހައިކޯޓަށް ހުށަހަޅާފައިވާ ކަންކަމަށް އެންމެ އެކަށީގެންވާގޮތަށް ބެލުމެއް ނެތި ކަމުގައި އަހުރެންނަށް ބުރަވެވެއެވެ. އަދި އެ ސަބަބުގެ މައްޗަށް ބިނާކޮށް ހައިކޯޓަށް ހުށަހަޅާފައި އޮތް އިސްތިއުނާފީ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމުގައި ނިންމުމުގެ ނަތީޖާއެއްގެ ގޮތުން، ޤާނޫނު ތަޠުބީޤުކުރުމުގައި ނުވަތަ ޤާނޫނު މާނަކުރުމުގައި ކުށެއް ހެދިފައިވާކަމަށް ޤަބޫލުކުރެވިގެން ދައުލަތުގެ ފަރާތުން ހައިކޯޓަށް ހުށަހަޅާފައި އޮތް އިސްތިއުނާފީ މައްސަލަ ކުރިއަށް ނުގެންދެވުމަކީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 43 ވަނަ މާއްދާގެ (ހ) އިން ލިބިދޭ ފުރުސަތު ހަނިކުރުން ކަމުގައިވެސް އަހުރެންނަށް ބުރަވެވެއެވެ.
އިސްތިއުނާފީ ދެވަނަ ނުކުތާ
24ދައުލަތުން ހުށަހަޅާފައިވާ ދެވަނަ އިސްތިއުނާފީ ނުކުތާގައި އެ ފަރާތުން ބުނެފައިވަނީ، ހައިކޯޓުން ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 94 ވަނަ މާއްދާގެ (ނ) މާނަކޮށް ތަޠުބީޤުކޮށްފައިވަނީ މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 3 ވަނަ މާއްދާގެ (ނ) އާއި، (ރ) އާއި، އެ ޤާނޫނުގެ 12 ވަނަ މާއްދާގެ (ޅ) އާ ޚިލާފަށް ކަމަށެވެ.
25މި ނުކުތާގެ ތަފްސީލުކުރަމުން ދައުލަތުން ފާހަގަކޮށްފައިވަނީ ދަށުކޯޓުންނާއި ދިވެހިރާއްޖޭގެ ހައިކޯޓުން ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 94 ވަނަ މާއްދާގެ (ނ) ތަޠުބީޤުކުރެވޭނެ ދެ ޙާލަތަކީ ތުހުމަތުކުރެވޭ މީހާ ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކުރެވޭހިނދު، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ
(ނ) ނުވަތަ (ރ) ގެ ދަށުން މުއްތަހަމް ދޫކޮށްލެވޭ ޙާލަތާއި، މުއްތަހަމް ހައްޔަރުކުރުމަށްފަހު ބަންދާމެދު ގޮތެއް ނިންމުމަށް ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުނުކޮށް ދޫކޮށްލާ ޙާލަތު ކަމަށް މާނަކުރުމުގެ ނަތީޖާއަކީ، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 94 ވަނަ މާއްދާގެ (ނ) ގައި ބަޔާންކުރާ "ބަންދުން ދޫކޮށްލާތާ" 45 (ސާޅީސްފަހެއް) ދުވަހުގެ މުއްދަތު، ހިނގާނީ ހައްޔަރުކޮށް އެންމެ ފުރަތަމަ ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކުރާ މީހުންގެ ތެރެއިން އެ މަޖިލީހުގައި ބަންދުން ދޫކުރާ މީހުންގެ މައްޗަށާއި، ހައްޔަރު ކުރުމަށްފަހު ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކުރުމަކާ ނުލައި ފުލުހުން ބަންދުން ދޫކުރާ މީހުންނަށް އެކަނި ކަމުގައިވުމެވެ. ދައުލަތުން ފާހަގަކުރާ ގޮތުގައި މި މާނަކުރުމަކީ، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 94 ވަނަ މާއްދާގެ (ނ) ފިޔަވައި ދެން ހުރި އަކުރުތައް ކިޔުމުން، އެންމެ ރަނގަޅު މާނަކުރުމެއް ނޫންކަމަށާއި، މި މާނަކުރުމަކީ، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 94 ވަނަ މާއްދާގެ (ނ) ގައިވާ ސާފު އިބާރާތުގެ ތެރެއަށް ބައެއް އިތުރުކުރުން ކަމަށެވެ.
26ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 94 ވަނަ މާއްދާގެ (ނ) ގެ ނައްސަށް ބަލާއިރު، އެ މާއްދާގެ އެ އަކުރުގައި އޮންނަނީ: "ޖިނާއީ ކުށެއްގެ ދަޢުވާލިބޭ ފަރާތަކީ މި ޤާނޫނުގެ 60 ވަނަ މާއްދާގެ (ރ) ގެ ދަށުން ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކުރުމަށްފަހު އެ މާއްދާގެ (ނ) ނުވަތަ (ރ) ގެ ދަށުން ދޫކޮށްލާފައިވާ މީހެއްނަމަ، ނުވަތަ އޭނާ ދޫކޮށްލާފައިވަނީ ދިވެހި ފުލުހުންގެ ޚިދުމަތުން ކަމަށްވާނަމަ، އޭނާ ބަންދުންދޫކޮށްލާތާ 45 (ސާޅީސްފަހެއް) ދުވަހުގެ ތެރޭގައި އެ މައްސަލައެއްގެ ތަޙުޤީޤު ނިންމައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހަޅަންވާނެއެވެ. އަދި އޭނާގެ މައްޗަށް ޕްރޮސިކިއުޓަރ ޖެނެރަލް ދަޢުވާ އުފުލާނަމަ، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް އެ މައްސަލައެއް ހުށަހެޅޭތާ 15 (ފަނަރަ) ދުވަހުގެ ތެރޭގައި އެ ދަޢުވާއެއް އުފުލަންވާނެއެވެ." މި ފަދައިންނެވެ.
27ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ށ) ގެ ދަށުން ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކުރަނީ ކުށެއްގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފައިވަނީ ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިންކަން ނުވަތަ ނޫންކަން ކަނޑައެޅުމަށްޓަކައެވެ.
28ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ށ) ގެ ދަށުން ބަންދުން ދޫކޮށްލާ މީހުންނަކީ އެ މީހެއްގެ މައްޗަށް ތުހުމަތު ކުރެވޭ ކުށް ކުރިކަމަށް ތުހުމަތުކުރެވޭ މިންވަރަށް ހެކި ލިބިފައި ނެތް ޙާލަތުގައި، އަދި އެމީހަކީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުން ފެށިގެން (4) ވަނަ ނަންބަރުގެ ނިޔަލަށް ހުރި ނަންބަރުތަކުގައި ބަޔާންކުރާ (އޭނާއާމެދު ތުހުމަތުކުރެވިފައިވާ މައްސަލައިގެ ހެކި ފޮރުވުމަށް ނުވަތަ އެ މައްސަލައިގައި ހެކިބަސް ދޭން ހުރި މީހަކަށް ނުފޫޒެއް ފޯރުވުމަށް މަސައްކަތްކޮށްފާނެ ކަމަށް ބެލެވޭ؛ ނުވަތަ އޭނާ ކޯޓަށް ހާޒިރުނުވެދާނެ ކަމަށް ބެލެވޭ؛ ނުވަތަ އޭނާ ފިލައިފާނެ ކަމަށް ބެލެވޭ؛ ނުވަތަ އޭނާ ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ބެލެވޭ) ސަބަބެއް ނެތްނަމަ، އެއްވެސް ޝަރުޠަކާ ނުލައި ބަންދުން ދޫކޮށްލުމަށް ޤާނޫނުން ލާޒިމުކުރާ މީހުންނެވެ.
29ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ރ) ގެ ދަށުން ބަންދުން ދޫކޮށްލާ މީހުންނަކީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުން ފެށިގެން (4) ވަނަ ނަންބަރުގެ ނިޔަލަށް ހުރި ނަންބަރުތަކުގައި ބަޔާންކުރާ ސަބަބެއް ނެތް ކަމުގައިވީނަމަވެސް، އެ މީހަކާމެދު ތުހުމަތުކުރެވުނު ކުށް އޭނާ ކުރިކަމަށް ތުހުމަތުކުރެވޭ މިންވަރަށް ހެކި ހުރެއްޖެނަމަ، ކަފާލާތުގެ އުސޫލުތަކުގެ ދަށުން، ނުވަތަ ކޯޓުން ކަނޑައަޅާ ޝަރުޠުތަކާއެކު ދޫކޮށްލާ މީހުންނެވެ.
30ޚުޞޫމާތް އުފެދިގެން ހައިކޯޓަށް އިސްތިއުނާފުކުރެވުނު ނ. މަނަދޫ ކޯޓު އަދި ނ. މާޅެންދޫ ކޯޓުގެ ނިންމުންތަކަކީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ނ) އަދި (ރ) ގެ ދަށުން ދޫކޮށްލާފައިވާ ފަރާތްތަކާގުޅޭ ނިންމުންތަކެއް ނޫނެވެ.
31ނ. މަނަދޫ ކޯޓާއި ނ. މާޅެންދޫ ކޯޓުގެ ނިންމުންތަކަކީ ދިވެހި ފުލުހުންގެ ޚިދުމަތުން ދޫކޮށްލާފައިވާ މީހުންނާގުޅޭ މައްސަލަތަކެކެވެ. އެހެންކަމުން އުފެދޭ ސުވާލަކީ، ޖިނާއީ އިޖުރާއަތުގެ ވަނަ މާއްދާގެ (ނ) ގެ ބޭނުމަށްޓަކައި ފުލުހުންގެ ފަރާތުން ދޫކޮށްލާ ފަރާތްތަކަކީ، ނ. މަނަދޫ ކޯޓާއި ނ. މާޅެންދޫ ކޯޓާއި ދިވެހިރާއްޖޭގެ ހައިކޯޓުން ބަޔާންކުރާ ފަދައިން، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ ފަދައިން އެ މީހެއްގެ ބަންދާމެދު ގޮތެއް ކަނޑައެޅުމަށްޓަކައި ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކުރުމަކާއި ނުލައި ދޫކޮށްލާ ފަރާތްތަކަށް ވާންޖެހޭތޯ ނުވަތަ ނޫންތޯ އޮތް ސުވާލެވެ.
32ނ. މަނަދޫ ކޯޓާއި ނ. މާޅެންދޫ ކޯޓުން ދެކުނު ގޮތުގައި، އަޚުޒަމް ޢަބްދުއްޝަކޫރު އަދި މުޙައްމަދު ޢީސާގެ މައްޗަށް ދަޢުވާކުރުމުގައި ހިނގާނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 94 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ މުއްދަތެވެ. މިކަމަށް ހައިކޯޓުން ތާއީދުކޮށް، އެ ނިންމުންތައް ދަމަހައްޓާފައިވެއެވެ.
33ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 94 ވަނަ މާއްދާގެ (ހ) ގައި އޮންނަނީ: "މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ޙާލަތުގައި ފިޔަވައި އެ ނޫން ޙާލަތްތަކުގައި، ޖިނާއީ ކުށެއްގެ ދަޢުވާ ލިބޭ ފަރާތަކީ މި ޤާނޫނުގެ 60 ވަނަ މާއްދާގެ ދަށުން ބަންދުކޮށްފައިވާ މީހެއްނަމަ، އޭނާ މި ޤާނޫނުގެ 58 ވަނަ މާއްދާގެ ދަށުން ފަނޑިޔާރެއްގެ ކުރިމައްޗަށް ފުރަތަމަ ހާޒިރުކުރެވޭތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި އެ މައްސަލައެއްގެ ތަޙްޤީޤު ނިންމައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހަޅަންވާނެއެވެ. އަދި އޭނާގެ މައްޗަށް ޕްރޮސިކިއުޓަރ ޖެނެރަލް ދަޢުވާ އުފުލާނަމަ، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް މައްސަލަ ހުށަހެޅޭތާ 15 (ފަނަރަ) ދުވަހުގެ ތެރޭގައި އެ ދަޢުވާއެއް އުފުލަންވާނެއެވެ." މި ފަދައިންނެވެ.
34ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 94 ވަނަ މާއްދާގެ (ހ) އަދި (ނ) ގެ އިތުރުން، އެ މާއްދާގެ (ށ) ގައިވެސް ތަޙުޤީޤުކުރުމާއި ދަޢުވާކުރުމުގެ މުއްދަތާގުޅޭ ކަންކަން ހިމަނާފައިވާތީ، އެ މާއްދާގެ (ށ) ގައި އޮންނަ އިބާރާތް ތިރީގައި ނަކަލުކުރަމެވެ. "ޖިނާއީ ކުށެއްގެ ދަޢުވާ ލިބޭ ފަރާތަކީ މި ޤާނޫނުގެ 60 ވަނަ މާއްދާގެ (ށ) ގެ ދަށުން ފަނޑިޔާރެއްގެ ކުރިމައްޗަށް ފުރަތަމަ ހާޒިރުކުރުމަށްފަހު، އެ މާއްދާގެ (ށ) ނުވަތަ (ކ) ގެ ދަށުން ބަންދުކޮށްފައިވާ މީހެއްނަމަ، އޭނާ ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުރުކުރެވޭތާ 45 (ސާޅީސްފަހެއް) ދުވަހުގެ ތެރޭގައި، އެ މައްސަލައެއްގެ ތަޙްޤީޤު ނިންމައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހަޅަންވާނެއެވެ. އަދި އޭނާގެ މައްޗަށް ޕްރޮސިކިއުޓަރ ޖެނެރަލް ދަޢުވާ އުފުލާނަމަ، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް އެ މައްސަލައެއް ހުށަހެޅޭތާ 15 (ފަނަރަ) ދުވަހުގެ ތެރޭގައި އެ ދަޢުވާއެއް އުފުލަންވާނެއެވެ."
35HN2ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 94 ވަނަ މާއްދާގެ (ހ) ތަޠުބީޤުކުރަންޖެހެނީ އެ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ޙާލަތަށް ނުފެތޭ ފަރާތްތަކުގެ ތެރެއިން، ކުށުގެ ތުހުމަތުގައިވާ މީހާއަކީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ ދަށުން ބަންދުކޮށްފައިވާ މީހެއްނަމަ އެވެ. އެ މާއްދާގައި އެ މީހަކު ދޫކޮށްލުމާގުޅޭ އެއްވެސް އިޝާރާތެއް ކޮށްފައި ނުވާތީ، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 94 ވަނަ މާއްދާގެ (ހ) ގެ ބޭނުން ހިފަންޖެހޭނީ، މުއްތަހަމަކީ ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކުރުމަށްފަހު ބަންދެއްގައި ހުރި މީހެއްކަމުގައިވާނަމަ ކަމަށް ދޭހަކުރެވެއެވެ. އަޚުޒަމް ޢަބްދުއްޝަކޫރު އަދި މުޙައްމަދު ޢީސާއަކީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ ދަށުން ބަންދުކުރުމަށްފަހު، ފުލުހުން ދޫކޮށްލާފައިވާ ބައެއް ކަމުގައިވާތީ، އެފަރާތްތަކުގެ މައްޗަށް ދަޢުވާކުރުމުގެ މުއްދަތު ގުނުމުގައި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 94 ވަނަ މާއްދާގެ (ހ) ބޭނުން ކުރެވިދާނެކަމުގައި ނުދެކެމެވެ. އެހެނީ އެ ފަރާތްތައް ތިބީ ބަންދުގައި ކަމަށް ނުވާތީއެވެ.
36HN3އަޚުޒަމް ޢަބްދުއްޝަކޫރު އަދި މުޙައްމަދު ޢީސާގެ މައްޗަށް ދަޢުވާކުރުމުގެ މުއްދަތު ގުނުމުގައި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 94 ވަނަ މާއްދާގެ (ށ) ތަޠުބީޤު ކުރެވިދާނެ ކަމުގެ މައްޗަށް ބަލާއިރު، އެ އަކުރު ތަޠުބީޤުކުރަންޖެހެނީ ފަނޑިޔާރެއްގެ ކުރިމައްޗަށް ފުރަތަމަ ހާޒިރުކުރުމަށްފަހު، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 މާއްދާގެ (ށ) ގެ ދަށުން ޝަރީޢަތް ނިމެންދެން ބަންދުކޮށްފައިވާ މީހުން ތިބޭ ޙާލަތުގައި، ނުވަތަ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 މާއްދާގެ (ކ) ގެ ދަށުން 15 (ފަނަރަ) ދުވަހަށްވުރެ ދިގު މުއްދަތަކަށް، ނުވަތަ ޝަރީޢަތް ނިމެންދެން ބަންދުކޮށްފައިވާ މީހުން ތިބޭ ޙާލަތުގައެވެ. ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 94 ވަނަ މާއްދާގެ (ށ) ގެ ދަށުން މުއްދަތު ގުނުމުގައިވެސް މުއްތަހަމު ބަންދުގައި ހުރުން އެ އަކުރުން ލާޒިމުކުރާތީ، އަދި އަޚުޒަމް ޢަބްދުއްޝަކޫރު އަދި މުޙައްމަދު ޢީސާއަކީ ބުނެވުނު ޙާލަތުގައި ތިބި ފަރާތްތަކެއް ނޫންކަމުން، އެފަރާތްތަކުގެ މައްޗަށް ދަޢުވާކުރުމުގެ މުއްދަތު ގުނުމުގައި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 94 ވަނަ މާއްދާގެ (ށ) ތަޠުބީޤުކުރެވޭނެ ޖާގައެއް އޮތްކަމުގައި އަހުރެން ނުދެކެމެވެ.
37HN7ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 94 ވަނަ މާއްދާގެ (ހ)، (ށ)، އަދި (ނ) ގެ އިތުރުން ހުރި އަކުރުތަކަކީ ކޮން ޙާލަތްތަކެއްގައި ތަޠުބީޤު ކުރެވިދާނެ އަކުރުތަކެއް ކަމުގެ މައްޗަށް ބަލާއިރު، އެ މާއްދާގެ (ރ) އިން (ތ) ގެ ނިޔަލަށް ހުރި ކަންކަމަކީ އަވަހަށް މައްސަލަ ތަޙުޤީޤުކޮށް ދަޢުވާކުރުމާމެދު ގޮތް ކަނޑައެޅުމަށާއި، ވަކި ޙާލަތްތަކެއްގައި ތަޙުޤީޤުކުރުމާއި ދަޢުވާކުރުމުގެ މުއްދަތު އިތުރުކުރުމާއި، ވަކި ބާވަތްތަކެއްގެ މައްސަލަތަކުގައި ތަޙުޤީޤުކުރުމާއި ދަޢުވާކުރުމުގެ މުއްދަތު ފަހަނައަޅާ ގޮސްފިނަމަ އަމަލުކުރާނެ ގޮތް ބަޔާންކުރާ އަކުރުތަކެކެވެ. އަދި އެ އަކުރުތަކުގައިވާ ކަންކަމަކީ މި މައްސަލައިން ހުށަހަޅާފައިވާ ޚުޞޫމާތުގެ ޙަޤީޤަތްތަކަށް ތަޠުބީޤުކުރަންޖެހޭ، އަދި ދަޢުވާކުރުމުގެ މުއްދަތު ގުނުމުގެ ބޭނުމަށްޓަކައި، މި މައްސަލައިގައި ހިމެނޭ ކަންކަމަށް އަސަރުކުރާ ހާލަތްތަކެއް ނޫނެވެ.
38HN4HN5އެހެންކަމުން، އަޚުޒަމް ޢަބްދުއްޝަކޫރު އަދި މުޙައްމަދު ޢީސާ ތިބި ޙާލަތުގައިވާ މީހުންގެ ތަޙުޤީޤު ފުރިހަމަ ކުރުމުގެ މުއްދަތާއި ދަޢުވާކުރުމުގެ މުއްދަތު ހިސާބުކުރުމުގެ ބޭނުމުގައި ތަޠުބީޤުކުރަންޖެހޭނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 94 ވަނަ މާއްދާގެ (ނ) އަށް ކަމަށް އަހުރެންނަށް ބުރަވެވެއެވެ. އެހެނީ، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 94 ވަނަ މާއްދާގެ (ނ) ގެ އިބާރާތަށް ބެލުމުން، ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކޮށް ބަންދާމެދު ގޮތެއް ކަނޑައަޅާފައިވާ މީހަކު ފުލުހުންގެ ފަރާތުން ބަންދުން ދޫކޮށްލާފައިވާނަމަ، އެ މީހެއްގެ މައްސަލައެއްގެ ތަޙުޤީޤު ނިންމައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުމަށް ތަޙުޤީޤީ އިދާރާއަށް ލިބެނީ މުއްތަހަމް ބަންދުން ދޫކޮށްލާ ތާރީޚުން ފެށިގެން 45 (ސާޅީސްފަހެއް) ދުވަސް ކަން ސާފެވެ. ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 94 ވަނަ މާއްދާގެ (ނ) ގެ ބޭނުމަށްޓަކައި ފުލުހުންގެ ފަރާތުން ދޫކޮށްލާ ފަރާތްތަކަކީ އެ މީހެއްގެ ބަންދާމެދު ގޮތެއް ކަނޑައެޅުމަށްޓަކައި ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކޮށްފައިވާ ފަރާތެއް ނޫންކަމުގައި އެ އަކުރުގައި ބަޔާންކޮށްފައި ނުވެއެވެ. އަދި އެ މާނަކުރުމަށް ނ. މަނަދޫ ކޯޓާއި ނ. މާޅެންދޫ ކޯޓާއި ދިވެހިރާއްޖޭގެ ހައިކޯޓުން ބަރޯސާވެފައިވަނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 94 ވަނަ މާއްދާގެ (ނ) ގެ ނައްސުން ބޭރުން އިތުރުކުރުންތަކެއް ހިމަނައިގެންކަމަށް އަހުރެންނަށް ފެނެއެވެ. އެހެނީ، މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 3 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުން، ޤާނޫނެއްގައި ބަހެއް، ނުވަތަ ޢިބާރާތެއް، ނުވަތަ ޖުމްލައެއް ބޭނުންކޮށްފައިވާ ގޮތުން، އޭގެން ވަކި މާނައެއް ދޭހަވާކަމަށްވާނަމަ، އެ ދޭހަވާ މާނަ އެއަށްވުރެ ފުޅާކުރުމަކީ ނުވަތަ އޭގައި ނުހިމެނޭ ކަންތައްތަކެއް އޭގައި ހިމެނުމަށް މަސައްކަތް ކުރުމަކީ، ރަނގަޅުގޮތެއް ނޫންކަމަށް ބަލަންޖެހެއެވެ. އަދި މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 12 ވަނަ މާއްދާގެ (ޅ) ބަޔާންކުރާގޮތުން، ޤާނޫނުގެ ބަސްމަގަކީ އެއް މާނައަށްވުރެ ގިނަ މާނަ ދޭހަނުވާ ސާދާ ބަހަކަށް، ނުވަތަ ސާދާ ލަފްޒަކަށް، ނުވަތަ ސާދާ ޢިބާރާތަކަށް، ނުވަތަ ސާދާ ޖުމްލައަކަށްވާނަމަ، ޤަބޫލުކުރަންޖެހޭ އުސޫލަކީ، ޤާނޫނުގައި ބަޔާންކޮށްފައި އެވަނީ، ރައްޔިތުންގެ މަޖިލީހުން އެކަން ދޭހަކޮށްދޭން ބޭނުންވާ މާނަކަމުގައެވެ.
39މި ނަޒަރުން ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 94 ވަނަ މާއްދާގެ (ނ) އަށް ބެލުމުން، ތަޙުޤީޤު ފުރިހަމަ ކުރުމުގެ މުއްދަތާއި ދަޢުވާކުރުމުގެ މުއްދަތު ހިސާބުކުރުމުގެ ބޭނުމުގައި، އެ މީހަކީ ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކޮށް ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ނ) ގެ ދަށުން ޝަރުތަކާއި ނުލާ ދޫކޮށްލާ މީހެއް ކަމުގައި ވީނަމަވެސް، ނުވަތަ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ
(ރ) ގެ ދަށުން ޝަރުޠާއެކު ދޫކޮށްލާ މީހެއް ކަމުގައި ވީނަމަވެސް، ނުވަތަ އަމުރެއްގެ ދަށުން ބަންދުކުރުމަށްފަހު ފުލުހުން ދޫކޮށްލާ މީހެއް ނަމަވެސް، މިފަދަ ޙާލަތްތަކުގައި ތަޠުބީޤު ކުރަންޖެހެނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 94 ވަނަ މާއްދާގެ (ނ) ކަން، އެ މާއްދާ އެއްކޮށް ކިޔުމުން ސާފެވެ.
40HN6އަދި ހަމައެއާއެކު، ދަޢުވާ ކުރުމުގެ މުއްދަތު ގުނުމުގެ ބޭނުމުގައި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 94 ވަނަ މާއްދާއަށް ބަލަންޖެހެނީ އެމީހެއްގެ ބަންދާމެދު ގޮތެއް ކަނޑައަޅާފައިވާ ޙާލަތުގައިކަން ފާހަގަކުރަމެވެ. މީހަކީ ހައްޔަރުކުރުމަށްފަހު ބަންދާމެދު ގޮތެއް ކަނޑައެޅުމަށްޓަކައި ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކޮށްފައިވާ މީހެއް ނޫންނަމަ، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 94 ވަނަ މާއްދާ ތަތުބީޤުކުރަންޖެހޭ ޙާލަތެއް މެދުވެރި ނުވެއެވެ.
41އެހެންކަމުން، މި މައްސަލައިގައި ހިމެނޭ ހާދިސާތައް ހިނގިއިރު، ކުށެއްގެ ތުހުމަތުގައި ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރު ކުރުމަށްފަހު، އެ މީހަކު ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ނ) ނުވަތަ (ރ) ގެ ދަށުން ދޫކޮށްލައިފިނަމަ، ނުވަތަ ދިވެހި ފުލުހުންގެ ޚިދުމަތުން އެ މީހަކު ދޫކޮށްލައިފިނަމަ، އެ މައްސަލައެއް ތަހުޤީޤުކޮށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުމަށް ލިބިދީފައި އޮންނަނީ އެ މީހަކު ބަންދުން ދޫކޮށްލާ ދުވަހުން ފެށިގެން 45 (ސާޅީށް ފަހެއް) ދުވަހެވެ. އަދި އެ މީހެއްގެ މައްޗަށް ޖިނާއީ ދަޢުވާ އުފުލަން އެދޭނަމަ، ޕްރޮސިކިއުޓަރ ޖެނެރަލްއަށް ދަޢުވާ އުފުލުމަށް ލިބިދެނީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް މައްސަލަ ހުށަހެޅޭތާ 15 (ފަނަރަ) ދުވަހެވެ.
42އިސްވެ ބަޔާންކުރެވުނު މާނަކުރުމުގެ ތެރެއިން މި ޤަޟިއްޔާގައި ހަވާލާދީފައިވާ ދެ މައްސަލައަށް ޤާނޫނުން ދަޢުވާ ކުރުމަށް ލިބިދީފައިވާ މުއްދަތު ހިސާބުކުރުމުން، ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ދަޢުވާ އުފުލާފައިވަނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 94 ވަނަ މާއްދާގެ (ނ) ގައި ބަޔާންކުރާ މުއްދަތު ފަހަނައަޅައި ދިޔަފަހުންކަން ނުވަތަ ނޫންކަމުގެ މައްޗަށް ބަލާއިރު:
42.1 އަޚުޒަމް ޢަބްދުއްޝަކޫރު ފުރަތަމަ ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކުރެވުނީ 23 މޭ 2023 ގައި ކަމުގައިވާއިރު، އޭނާގެ ބަންދުގެ މުއްދަތު ދެފަހަރެއްގެ މަތިން އިތުރުކޮށްފައިވެއެވެ. އަޚުޒަމް ޢަބްދުއްޝަކޫރު ބަންދުގައި ބެހެއްޓުމަށް ދެވަނައަށް ކޯޓުން ކުރި އަމުރުގެ މުއްދަތު ހަމަވާ ތާރީޚަކީ 09 ޖޫން 2023 ނަމަވެސް، އަޚުޒަމު ޢަބްދުއްޝަކޫރުގެ މައްޗަށް ތުހުމަތުކުރެވިފައިވާ މައްސަލައާ ގުޅިގެން އޭނާ އިތުރަށް ބަންދުގައި ނުބެހެއްޓުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ނިންމާ، 08 ޖޫން 2023 ގައި ފުލުހުންވަނީ އަޚުޒަމު ޢަބްދުއްޝަކޫރު ބަންދުން ދޫކޮށްލައިފައެވެ. ފުލުހުންގެ ފަރާތުން މައްސަލަ ތަހުޤީޤުކޮށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހަޅަންޖެހޭ އެންމެ ފަހުގެ ތާރީޚަކީ 23 ޖުލައި 2023 ކަމުގައިވާއިރު، ތަޙްޤީޤު ނިންމައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް މައްސަލަ ހުށަހަޅާފައިވަނީ 13 ޖުލައި 2023 ގައެވެ. އެހެންކަމުން، ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ދަޢުވާ އުފުލަން ބޭނުންނަމަ، އެކަން ކުރުމަށް އޮތް 15 (ފަނަރަ) ދުވަސް ހަމަވާ ތާރީޚަކީ 7 އޯގަސްޓް 2023 އެވެ. މައްސަލައިގެ ދައުވާ ފޯމް ނ.މަނަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފައިވަނީ 24 ޖުލައި 2023 ގައިކަމުން، އަޚުޒަމް ޢަބްދުއްޝަކޫރުގެ މައްޗަށް ދަޢުވާކޮށްފައިވަނީ ޤާނޫނުގައި ބަޔާންކޮށްފައިވާ މުއްދަތު ފަހަނައަޅާ ދިއުމުގެ ކުރިންނެވެ.
42.2. މުޙައްމަދު ޢީސާ ހައްޔަރުކުރުމަށްފަހު ފަނޑިޔާރެއްގެ ކުރިމައްޗަށް ފުރަތަމަ ހާޒިރުކުރުމުން، އޭނާ 07 (ހަތެއް) ދުވަހުގެ މުއްދަތައް (08 ޖަނަވަރީ 2024 އިން ފެށިގެން 15 ޖަނަވަރީ 2024) ބަންދުކުރުމަށް ނިންމާފައިވެއެވެ. މި އަމުރާ އެއްގޮތަށް މުޙައްމަދު ޢީސާގެ ބަންދުގައި ބެހެއްޓުމަށްފަހު، 15 ޖަނަވަރީ 2024 ވަނަ ދުވަހުގެ ވަގުތެއްގައި ފުލުހުންގެ ޚިދުމަތުން އޭނާ ބަންދުން ދޫކޮށްލައިފައިވެއެވެ. އެހެންކަމުން، މުޙައްމަދު ޢީސާގެ މައްޗަށް ތުހުމަތުކުރެވުނު ކުށުގެ ތަޙުޤީޤު ނިންމައި، ފުލުހުންގެ ފަރާތުން އެ މައްސަލަ ޕްރޮސިއުޝަންއަށް ފޮނުވަން އޮތް އެންމެ ފަހުގެ ތާރީޚަކީ 29 ފެބްރުއަރީ 2024 ކަމުގައިވާއިރު، މައްސަލައިގެ ތަޙުޤީޤު ނިންމައި މައްސަލަ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހަޅާފައިވަނީ 28 ފެބްރުވަރީ 2024 ގައެވެ. އަދި ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ދަޢުވާ ކުރުމަށް އޮތް 15 (ފަނަރަ) ދުވަހުގެ މުއްދަތު ހަމަވާ ތާރީޚަކީ 15 މާރިޗު 2024 ކަމުގައިވާއިރު، މުޙައްމަދު ޢީސާގެ މައްޗަށް ތުހުމަތުކުރެވުނު ކުށުގެ މައްސަލައިގެ ދަޢުވާ ނ. މާޅެންދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފައިވަނީ 10 މާރިޗު 2024 ގައި ކަން އެނގެން އޮތުމުން، މުޙައްމަދު ޢީސާގެ މައްޗަށް ދަޢުވާކޮށްފައިވަނީވެސް ޤާނޫނުގައި ބަޔާންކޮށްފައިވާ މުއްދަތު ފަހަނައަޅާ ދިއުމުގެ ކުރިންނެވެ.
43އެހެންކަމުން، ދައުލަތުން ފާހަގަކޮށްފައިވާ ފަދައިން، ދަށު ކޯޓުންނާއި ހައިކޯޓުން ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 94 ވަނަ މާއްދާ މާނަކުރުމުގައި މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 3 ވަނަ މާއްދާގެ (ނ) އާއި (ރ)، އަދި އެ ޤާނޫނުގެ 12 ވަނަ މާއްދާގެ (ޅ) އާ ޚިލާފުވެފައިވާ ކަމަށް އަހުރެން ދެކެމެވެ.
ނިންމަން ފެންނަ ގޮތް
44ބަޔާންވެދިޔަ ސަބަބުތައް އެހެން ހުރުމުން، ނ.މަނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު D12C/RNAB/2024/1 "ރަޖިސްޓްރާރގެ ނިންމުން އަލުންބަލައި ގޮތެއް ނިންމުން" އަދި ނ.މާޅެންދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު D5C/RNAB/2024/1 "ރަޖިސްޓްރާރގެ ނިންމުން އަލުންބަލައި ގޮތެއް ނިންމުން" އަށް ތާއީދުކޮށް ހައިކޯޓުގެ ނަންބަރު 2023/HC-A/384 އަދި 2024/HC-A/183 ޤަޟިއްޔާއިން ނިންމާފައިވާ ނިންމުން ބާޠިލު ބާޠިލްކުރަންޖެހޭ ކަމުގައި އަހުރެން ދެކެމެވެ.
45މީގެ ނަތީޖާއަކީ، 22 މެއި 2023 ދުވަހު، ދިވެހި ފުލުހުންގެ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސްއިން ދިން މަޢުލޫމާތަކާ ގުޅިގެން، ނ.މަނަދޫ، […] އަޚުޒަމް ޢަބްދުއްޝަކޫރު ނ.މަނަދޫ އަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތި ބޭނުންކޮށް ފުޅާދާއިރާއެއްގައި އެ ތަކެތީގެ ވިޔަފާރި ކުރާ ކަމަށް ތުހުމަތު ކުރެވިގެން އޭނާ ހައްޔަރު ކުރި މައްސަލައާއި، 07 ޑިސެންބަރު 2023 ވާނަ ދުވަހުގެ ވަގުތެއްގައި ނ.މާޅެންދޫ ފިނިހިޔާގެއިން ވައްކަން ކުރިކަމަށް ތުހުމަތުކުރެވުނު މައްސަލައަކާ ގުޅިގެން، ނ. މާޅެންދޫ ބާރޑްލައިން، މުޙައްމަދު ޢީސާ 7 ޖަނަވަރީ 2024 ގައި ހައްޔަރުކުރި މައްސަލައިގައި ޕްރޮސިކިއުޓަރ ޖެނެރަލް ފަރާތުން ދަޢުވާ އުފުލަން ބޭނުންނަމަ، އެ ފުރުސަތު ހުޅުވުމެވެ.
46އެހެންކަމުން، ބުނެވުނު ދަޢުވާތައް އުފުލަން ބޭނުންނަމަ މިއަދު (20 ނޮވެންބަރު 2025) އިން ފެށިގެން 10 (ދިހައެއް) ދުވަހުގެ ތެރޭގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން އެ ދަޢުވާތައް އުފުލުމުގެ ފުރުސަތު ދިނުމަށް ކަނޑައަޅަން އަހުރެންނަށް ފެނެއެވެ.
ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔު
47މި މައްސަލައިގައި ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ފަނޑިޔާރު ޙުސައިން ޝަހީދުގެ ރައުޔު
48މި މައްސަލައިގައި ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ޙުކުމް
ދެންފަހެ، މަތީގައި ބަޔާންކުރި ސަބަބުތައް އެގޮތުގެ މަތިން ހުރުމުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2023/HC-A/384 އަދި 2024/HC-A/183 ޤަޟިއްޔާގެ ޙުކުމް ބާޠިލްކޮށް، 22 މެއި 2023 ދުވަހު ދިވެހި ފުލުހުންގެ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސްއިން ދިން މަޢުލޫމާތަކާ ގުޅިގެން، ނ.މަނަދޫ، […] އަޚުޒަމް ޢަބްދުއްޝަކޫރު ނ.މަނަދޫ އަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތި ބޭނުންކޮށް ފުޅާދާއިރާއެއްގައި އެ ތަކެތީގެ ވިޔަފާރި ކުރާ ކަމަށް ތުހުމަތު ކުރެވިގެން އޭނާ ހައްޔަރު ކުރި މައްސަލައާއި، 07 ޑިސެންބަރު 2023 ވަނަ ދުވަހުގެ ވަގުތެއްގައި ނ.މާޅެންދޫ ފިނިހިޔާގެއިން ވައްކަން ކުރިކަމަށް ތުހުމަތުކުރެވުނު މައްސަލައަކާ ގުޅިގެން، ނ. މާޅެންދޫ ބާރޑްލައިން، މުޙައްމަދު ޢީސާ 7 ޖަނަވަރީ 2024 ގައި ހައްޔަރުކުރި މައްސަލައިގެ ދަޢުވާ އުފުލުމަށްޓަކައި މިއަދު (20 ނޮވެންބަރު 2025) އިން ފެށިގެން 10 (ދިހައެއް) ދުވަހުގެ ތެރޭގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން އެ މައްސަލަތައް ދަށުކޯޓަށް ހުނަހާޅާއި ދިޔާމަ، އެ މައްސަލަތަކަކީ ބަލައިގަންނަންޖެހޭ މައްސަލަތަކެއް ކަމުގައި ކަނޑައަޅި، ސުޕްރީމް ކޯޓުގައި މި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމްކުރަމެވެ. މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ: (ރިޔާސަތު)
ފުޓްނޯޓު
- މިމައްސަލައިގައި ގޮތް ކަނޑައަޅާފައިވަނީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2023/HC-A/384 ޤަޟިއްޔާއިންނެވެ.
- ނ.މަނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު D12C/MA/2023/12 "ކޯޓު އަމުރު" 23 މޭ 2023
- ނ.މަނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު D12C/MA/2023/13 "ކޯޓު އަމުރު" 26 މޭ 2023
- ދަޢުވާކުރުމުގެ މުއްދަތާ ގުޅިގެން މި މައްސަލައިގެ ތެރެއިން ވަކި ދެ ކޯޓެއްގެ ނިންމުމަށް ހަވާލާދީފައިވާއިރު، އަޚުޒަމް ޢަބްދުއްޝަކޫރުގެ މައްޗަށް ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދަޢުވާ ނ. މަނަދޫ މެޖިސްޓްރޭޓް ކޯޓަށް ދައުލަތުން ހުށަހަޅާފައިވަނީ 24 ޖުލައި 2023 ގައި ކަމުގައިވެފައި، މުޙައްމަދު ޢީސާގެ މައްޗަށް އެނގިހުރެ ހުއްދަ ނޫން ތަނަކަށް ވަނުމުގެ ކުށުގެ ދަޢުވާ ނ.މާޅެންދޫ ކޯޓަށް ދައުލަތުން ހުށަހަޅާފައިވަނީ 10 މާރިޗު 2024 ގައި ކަމުގައިވުމުން، ޤާނޫނަށް ގެނެސްފައިވާ އިސްލާޙުތަކަށް އަލިއަޅުވާލުމުގައި ބަލާފައިވާނީ މާރިޗު 2024 ގެ ނިޔަލަށް ގެނެސްފައިވާ އިސްލާޙުތަކަށެވެ.
- ތާވަލުގައި ހިމަނާފައިވަނީ ހަމައެކަނި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 94 ވަނަ މާއްދާ އާއި އެ މާއްދާއަށް ގެނެސްފައިވާ ބަދަލުތައްކަމުން، ބުނެވުނު މާއްދާއަށް އިޞްލާޙެއް ގެނެސްފައިނުވާނަމަ، ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް ގެނެވިފައިވާ އެ އިޞްލާޙަކަށް ތާވަލުގައި ހަވާލާދީފައި ނުވާނެއެވެ. އަދި
- އަޚުޒަމް ޢަބްދުއްޝަކޫރު ފަނޑިޔާރެއްގެ ކުރިމައްޗަށް ފުރަތަމަ ހާޒިރުކޮށްފައިވަނީ 23 މޭ 2023 ވަނަ ދުވަހުގެ 20:55 ގައި ކަމަށްވެފައި، އެ މައްސަލަ ތަޙުޤީޤު ކުރުމަށް އޮންނަ މުއްދަތު އިތުރުކޮށްފައި ނުވާތީ، ދައުލަތުގެ ފަރާތުން އަޚުޒަމް ޢަބްދުއްޝަކޫރުގެ މައްޗަށް ދަޢުވާ އުފުލާފައިވަނީ ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 94 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މުއްދަތު ހަމަވިފަހުން ކަމަށް ބަޔާންކޮށް، މައްސަލަ ބަލައިނުގަތުމަށް ނ.މަނަދޫ ކޯޓުގެ ނަންބަރު D1C/RN/2023/01 (31 ޖުލައި 2023) ރަޖިސްޓްރާރ ނިންމުމަށް ތާއީދުކޮށް، އެ ކޯޓުގެ ނަންބަރު D12C/RNAB/2023/1 "ރަޖިސްޓްރާރ ނިންމުން އަލުން ބަލައި ގޮތެއް ނިންމުން" (08 އޮގަސްޓް 2023) އިން ރަޖިސްޓްރާރގެ ނިންމުމަށް ބަދަލެއް ގެންނަންޖެހޭ ތަނެއް ނެތް ކަމަށް ކަނޑައަޅާފައިވާ ކަނޑައެޅުން.
- މުޙައްމަދު ޢީސާ ފަނޑިޔާރެއްގެ ކުރިމައްޗަށް ފުރަތަމަ ހާޒިރުކޮށްފައިވަނީ 08 ޖެނުއަރީ 2024 ވަނަ ދުވަހުގެ 11:15 ގައި ކަމަށްވެފައި، އެ މައްސަލަ ތަޙުޤީޤު ކުރުމަށް އޮންނަ މުއްދަތު އިތުރުކޮށްފައި ނުވާތީ، ދައުލަތުގެ ފަރާތުން މުޙައްމަދު ޢީސާގެ މައްޗަށް ދަޢުވާ އުފުލާފައިވަނީ ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 94 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މުއްދަތު ހަމަވިފަހުން ކަމަށް ބަޔާންކޮށް މައްސަލަ ބަލައިނުގަތުމަށް ނ. މާޅެންދޫ ކޯޓުގެ ނަންބަރު D5C/2024/01 (19 މާރިޗު 2024) ރަޖިސްޓްރާރ ނިންމުމަށް ތާއީދުކޮށް،
- ހައިކޯޓުގެ ރިޕޯޓުގައިވެސް ފާހަގަކޮށްފައިވާ ފަދައިން ދަށުކޯޓުގެ ރަޖިސްޓްރާރގެ ނިންމުންތަކަށް ބެލުމުން، މި ދެ މައްސަލަ ބަލައިނުގަތުމަށް ނިންމާފައިވަނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 94 ވަނަ މާއްދާގެ ކޮން އަކުރަކާ ހަވާލާދީކަން ސާފުކޮށް އެ ނިންމުންތަކުން އެނގެން ނެތެވެ. އެހެންނަމަވެސް، ރަޖިސްޓްރާރގެ ނިންމުންތައް މުރާޖަޢާކޮށް ނިންމާފައިވާ ނިންމުންތަކުގައި، މި ޙާލަތުގައި ދަޢުވާލިބޭ ފަރާތްތަކުގެ މައްޗަށް ދަޢުވާކުރުމުގެ މުއްދަތު ގުނުމުގައި ބެލެވޭނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 94 ވަނަ މާއްދާގެ (ހ) ގައިވާ މުއްދަތަށް ކަމަށް، ރަޖިސްޓްރާރގެ ނިންމުންގެ އަލުން ބަލާއި ގޮތް ކަނޑައެޅި ނިންމުންތަކުގައި ފާހަގަކޮށްފައިވެއެވެ.
- ހުސޫމާތް އުފެދިފައިވާ ނިންމުންތަކުގެ މައްޗަށް ތަތުބީޤުކުރަންޖެހޭ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 94 ވަނަ މާއްދާ (4 ވަނަ އިސްލާހުން ބަދަލުކޮށްފައިވާ ގޮތް) މި ރައުތުގެ 19 ވަނަ ޕެރެގްރާފްގައި ހިމަނާފައިވާ ތާވަލުގައި ބަޔާންކޮށްފައިވާނެއެވެ.
- މިގޮތުން 23 މޭ 2023 ދުވަހު (ނ.މަނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު D12C/MA/2023/12 "ކޯޓު އަމުރު" އިން) އަޚުޒަމް ޢަބްދުއްޝަކޫރު 3 (ތިނެއް) ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް އަމުރު ކުރިކަމާއި، 26 މެއި 2023 ވަނަ ދުވަހު އަޚުޒަމު ޢަބްދުއްޝަކޫރުގެ 'ބަންދާމެދު ގޮތެއް ނިންމުމަށްޓަކައި އޭނާ ކޯޓަށް ހާޒިރުކޮށް އިތުރު 14 (ސާދަ) ދުވަހަށް ބަންދުގެ މުއްދަތު އިތުރުކޮށްފައިވާކަން (ނ.މަނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު D12C/MA/2023/13 "ކޯޓު އަމުރު" އިން) އެނގެން އޮވެއެވެ.
- މިފަދައިން ނިންމާފައިވަނީ މިލަދުންމަޑުލު ދެކުނުބުރީ ކޮހީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު D9C/MA/2024/01 "ކޯޓު އަމަރު" 08 ޖަނަވަރީ 2024) އިންނެވެ.
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 58 ވަނަ މާއްދާ، 60 ވަނަ މާއްދާގެ (ށ)، (ނ)، (ރ)، (ކ)، 94 ވަނަ މާއްދާގެ (ހ)، (ށ)، (ނ) އަދި (ރ) އިން (ތ) އަށް
- ޤާނޫނު ނަންބަރު 21/2020 (ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް 3 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު)
- ޤާނޫނު ނަންބަރު 21/2022 (ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް 4 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު)
- ޤާނޫނު ނަންބަރު 4/2011 (މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނު) ގެ 3 ވަނަ މާއްދާގެ (ނ) އަދި (ރ)، 12 ވަނަ މާއްދާގެ (ޅ)
- ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 43 ވަނަ މާއްދާގެ (ހ)
ޝަރީޢަތުގެ ވީޑިއޯ
ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.