އޯޝަން އީއެކްސްއެލް މެނާ އެފްޒެޑްސީ ވ. ޑީއެސްޖީ ޝިޕިން އިންކޯޕެރޭޓެޑް 2.ކެންޑުއަރ ޓޭންކާރޒް އެފްޒެޑްއީ 3. ބޯޓު އެމްޓީ ޑީއެސްޖީ 4. ރާއްޖެ ޝިޕިންގ ޕްރައިވެޓް ލިމިޓެޑް
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- - -
- ފަހުގެ ތާރީޚު
- ސުޕްރީމް ކޯޓު: 2025/SC-A/18, 2025/SC-A/19 — ހައިކޯޓުގެ ޙުކުމުގެ ބައެއް ބާޠިލުކޮށް ނުވަތަ ބަދަލުކޮށްފައި
ކޯ ޓާމްސް
ޚުލާޞާ
- ވާޤިޢާ
- އޯޝަން އީއެކްސްއެލް އިން ޗާޓަރކުރި ބޯޓެއްގައި ވިއްކި ތެލުގެ ކާގޯ މާލެ ގެނައުމުން، މެރިން ގޭސް އޮއިލް ތަގައްޔަރުވެފައިވާތީ ގަތް ފަރާތުން ބަލައިނުގަތެވެ؛ ބޯޓުގެ ވެރިފަރާތާ ހުސޫމާތު ލަންޑަން އާބިޓްރޭޝަނަށް ހުށަހަޅައި، ބޯޓު ފުރުން މަނާކުރުމަށް ހައިކޯޓުން (2025/HC-A/17) ވަގުތީ އަމުރެއް ނެރުނަށްފަހުވެސް ބޯޓުން ކާގޯ ބަންކަރަށް ބޭނުންކުރަމުން ދިޔައެވެ.
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ލަންޑަނުގެ އެޑްހޮކް އާބިޓްރޭޝަނެއްގައި ހިނގަމުންދާ މައްސަލައަކާ ގުޅިގެން، ބޯޓުގައިވާ ކާގޯ ޙަވާލުކުރުމަށް ނުވަތަ ބާކީ ކާގޯގެ އަގު ސެކިއުރިޓީއެއްގެ ގޮތުގައި ހައިކޯޓުގައި ބެހެއްޓުމަށް ވަގުތީ އަމުރެއް ނެރުމުގެ ބާރު ހައިކޯޓަށް ލިބޭތޯއާއި، ވަގުތީ އަމުރުގެ ޝަރުޠުތައް ފުރިހަމަވޭތޯ (ކުރިން ނެރުނު ވަގުތީ އަމުރަކަށްފަހު ޙާލަތު ބަދަލުވުމުން).
- ޚަޞްމުންގެ ހުށަހެޅުންތައް
- ހުށަހެޅި ފަރާތުން ބުނީ ތަގައްޔަރުކަމަކީ ބޯޓުގެ މެނިފޯލްޑް ޕައިޕުގެ ސަބަބުން ވީ ކަމެއް ކަމަށާއި، ބޯޓުން ކާގޯ ހުއްދައެއް ނެތި ބޭނުންކުރަމުންދާ ކަމަށާއި، ކާގޯ ނުވަތަ އޭގެ އަގު ސެކިއުރިޓީއެއްގެ ގޮތުގައި ބެހެއްޓުމަށް އަމުރުކުރުމަށެވެ؛ ރައްދުވާ ފަރާތްތައް ޙާޟިރެއް ނުވެއެވެ.
- ކޯޓުގެ ސަބަބުތައް
- އާބިޓްރޭޝަން ފެށިފައިވާތީއާއި، އިނގިރޭސި ޤާނޫނުގެ ދަށުން ޓްރައިބިއުނަލަށް އެ ބާރު ލިބޭތީ ކޯޓަށް ބާރު ލިބެއެވެ؛ ނެކްސްބިޒް ޤަޟިއްޔާގެ ތިން ޝަރުޠު ފުރިހަމަވެ، ކުރީގެ އަމުރަށްފަހު ކާގޯ ބޭނުންކުރަމުންދާތީ އިޔާދަނުވާ ގެއްލުމުގެ ނުރައްކާ އޮތެވެ.
ނިންމުން
އެދުނު ގޮތަށް ވަގުތީ އަމުރު ނެރުނުއެދުނު ގޮތަށް ވަގުތީ އަމުރު ނެރުނު
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 ނޯޓިސް އޮފް އާބިޓްރޭޝަން ފޮނުވާފައިވާކަން އެނގޭނަމަ، އާބިޓްރޭޝަނުގެ މަރުޙަލާ ފެށި، އާބިޓްރޭޝަނުގައި މައްސަލަ ހިނގަން ފެށީ ކަމަށް ބަލަންޖެހެއެވެ.
HN2 އާބިޓްރޭޝަނުގެ ޤާނޫނުގެ 45 ވަނަ މާއްދާގެ ދަށުން ވަގުތީ ފިޔަވަޅު އަޅަން އެދޭ މައްސަލައެއްގައި ބަލަންޖެހޭނީ: އެ ބާރު އާބިޓްރަލް ޓްރައިބިއުނަލަށް ލިބޭތޯ، އެދޭ ފިޔަވަޅު އެޅުމުގެ ބާރު ޓްރައިބިއުނަލަށް ލިބޭތޯ، އަދި ކޯޓުން ޢަމަލުކުރުމަށް ކަނޑައަޅާފައިވާ އުޞޫލަކީ ކޮބައިތޯއެވެ؛ އާބިޓްރޭޝަން ހިނގަނީ ރާއްޖެއިން ބޭރުގައި ނަމަވެސް ކޯޓަށް މި ބާރު ލިބެއެވެ.
HN3 އިނގިރޭސި އާބިޓްރޭޝަން އެކްޓް 1996 ގެ 38 ވަނަ މާއްދާގެ (4) ގެ ދަށުން މައްސަލައިގެ މައުޟޫގައިވާ މުދާ ހިފެހެއްޓުމަށް އަމުރުކުރުމުގެ ބާރު ޓްރައިބިއުނަލަށް ލިބޭތީ، ލަންޑަން އެޑްހޮކް އާބިޓްރޭޝަނަކާ ގުޅިގެން އެފަދަ ވަގުތީ ފިޔަވަޅު އެޅުމުގެ ބާރު ހައިކޯޓަށް ލިބެއެވެ.
HN4 ހައިކޯޓުގެ ބައިނަލްއަޤުވާމީ އާބިޓްރޭޝަނާ ގުޅޭ އުޞޫލުގެ ދަށުން، އާބިޓްރޭޝަނާ ގުޅޭ ވަގުތީ ފިޔަވަޅުގައި ރިޢާޔަތްކުރަނީ ޢާންމު ވަގުތީ އަމުރުތަކުގައި ރިޢާޔަތްކުރާ ތިން ޝަރުޠަށެވެ: އެދޭ ފަރާތަށް އެފަދަ އަމުރަކަށް އެދުމުގެ ސިފަތު ލިބިގެންވުން، ޙިމާޔަތް ލިބެންޖެހޭ ޙައްޤެއް ނުވަތަ ޤާނޫނީ މަރުކަޒެއް އޮތުމުގެ އިޙްތިމާލު ފާޅުކަން ބޮޑުކޮށް ޤާއިމުވުން، އަދި އަމުރު ނުނެރެ ލަސްވެއްޖެނަމަ ތަދާރުކު ނުކުރެވޭ ގެއްލުމެއް ނުވަތަ ނުރައްކަލެއް އޮތުން.
HN5 ކުރިން ވަގުތީ އަމުރެއް ނެރުނުފަހުން ޙާލަތު ބަދަލުވެ، ރައްދުވާ ފަރާތް މުދާ (ކާގޯ) ބޭނުންކުރަމުންދާކަމުގެ ދަލީލު ހުށަހެޅިއްޖެނަމަ، އިޔާދަނުވާ ގެއްލުމެއްގެ ޙަޤީޤީ ނުރައްކަލެއް އޮތްކަމަށް ބަލައި އިތުރު ވަގުތީ އަމުރެއް ނެރެވިދާނެއެވެ؛ ދަތިކަން ބޮޑު ޙާލަތުގައި، ނިޔާއަކީ ދާއިމީ ނިޔާއެއް ނޫންކަމުން، ރައްދުވާ ފަރާތް ޙާޟިރުނުވިޔަސް އިތުރު ލަސްކުރުމެއްނެތި ގޮތެއް ނިންމުން ޢަދުލުވެރިއެވެ.
ވަކީލުންނާއި ފަނޑިޔާރުން
- ވަކީލުން
- —
- ބެންޗު
- ޙުސައިން ޝަހީދު، މުޙައްމަދު ފައިޞަލް، މުޙައްމަދު ޝަނީޒް ޢަބްދުﷲ
- ރިޔާސަތު
- —
- ރައުޔު ލިޔުނު ފަނޑިޔާރު
- ޙުސައިން ޝަހީދު · ތާއީދުކުރެއްވީ: މުޙައްމަދު ފައިޞަލް، މުޙައްމަދު ޝަނީޒް ޢަބްދުﷲ
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.
1މިއީ، އިނގިރޭސިވިލާތުގެ ލަންޑަންގެ އެޑްހޮކް އާބިޓްރޭޝަނަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން ވަގުތީ ފިޔަވަޅެއް އަޅައިދިނުމަށް އެދި، ޔުނައިޓެޑް އެރަބް އެމިރޭޓްސ ގައް ރަޖިސްޓްރީކޮށްފައިވާ، އޯޝަން އީއެކްސްއެލް މެނާ އެފްޒެޑްސީ CEAN EXL MENA FZCO (ރަޖިސްޓްރީ ނަންބަރު 21987) (މީގެ ފަހުން މައްސަލަ ހުށަހެޅި ފަރާތް" ނުވަތަ "އޯޝަން އީއެކްސްއެލް") އިން މި ކޯޓަށް ހުށަހެޅުމުން ހިންގި ޤޟިއްޔާގަ ޝަރީޢަތް ނިމުނުގޮތެވެ.
2މައްސަލަ ރައްދުވަނީ؛ ޔުނައިޓެޑް އެރަބް އެމިރޭ ޓްސ ގައް ރަޖިސްޓްރީކޮށްފައިވާ، ޑީއެސްޖީ ޝިޕިންގ އިންކޯޕަރޭޓެޑް DSG INC SHIPPING (އައި. އެމް. އޯ ނަންބަރު 6376035) އަދި ކެންޑުއަރ ޓޭންކރޒާ އެފްޒެޑްއީ FZE TANKERS CANDOUR (ލައިސަންސް ނަންބަރު […]) އާއި، ބޯޓް އެމްޓީ ޑީއެސްޖީ DSG MT (އައި. އެމް. އޯ ނަންބަރު 9555216( )މީގެ ފަހުން "މައްސަލަ ރައްދުވާ ފަރާތްތައް)" މި ފަރާތްތަކަށެވެ. މައްސަލައިގައި ކަންހިގާފައިވާ ގޮތް:
3އޯޝަން އީއެކްސްއެލް އިން، 3،500 މެޓްރިކް ޓަނުގެ ފިއުލް އޮއިލް އަދި 857 މެޓްރިކް ޓަނުގެ މެރިން ގޭސް އޮއިލް (މީގެ ފަހުން "ކާގޯ") އަލްފާ އެނރާ ޖީ އެފްޒެޑްސީ އެވެ ކިޔާ ކުންފުންޏަކަށް ވިއްކުމަށްޓަކައި 25 ސެޕްޓެމްބަރު 2024 ގައި އެއްބަސްވުމެއް ވެފައިވެއެވެ. މީގެ ތެރެއިން މެރިން ގޭސ އޮއިލް ފޯރުކޮށްދިނުމަށް ކަނޑައެޅުނީ މާލޭ ޕޯޓަށެވެ.
4އަލްފާ އެނރާ ޖީ އެފްޒެޑްސީއަށް ކާގޯ ސަޕްލައިކޮށްދިނުމަށްޓަކައި އޯޝަން އީއެކްސްއެލް އިން އެމްޓީ ޑީއެސްޖީ ނަމަކަށް ކިޔާ ބޯޓެއް (މީގެ ފަހުން "ބޯޓް") ޗާޓަރ ކުރިއެވެ. ބޯޓު ޗާޓަރުކުރުމަށްޓަކައި ބޯޓުގެ ވެރި ފަރާތްކަމުގައިވާ ޑީއެސްޖީ ޝިޕިންގ އިންކޯޕަރޭޓެޑް އާއެކު އޯޝަން އީއެކްސްއެލް އިން 13 އޮގސްޓަ 2024 ގައި ޓައިމް ޗާޓަރ ޕާޓީ އެއްގައި (މީގެ ފަހުން "ޗާޓަރ ޕާޓީ") ސޮއިކޮށްފައިވެއެވެ. މި ޗާޓަރ ޕާޓގައީ ބަޔާންކުރާ ގޮތުން، ބޯޓުގެ ވެރި ފަރާތަކީ ޑީއެސްޖީ ޝިޕިންގ އިންކޯޕަރޭޓެޑްއެވެ. އަދި ބޯޓުގެ ކޮމާޝަލް އޮޕްރޭޓަރަކީ ކެންޑުއަރ ޓޭންކރާ ޒް އެފްޒެޑްއީއެވެ. މި ޗާޓަރ ޕާޓީގައި ބަޔާންކޮށްފައިވަނީ، ޗާޓަރ ޕާޓީގައި ބަޔާންވެގެންވާ މައިގަނޑު މާއްދާތައް ފިޔަވައި އެހެން ކަންކަމަށް ހިނގާނީ "ޝެލްޓައިމް 4" ގައި ބަޔާންވެގެންވާ ގޮތަށް ކަމަށެވެ.
5ކާގޯ ބަރުކޮށްގެނ ބޯޓް މާލު ބަނދަރަށް ފޯރީ 13 އޮކްޓޫބަރު 2024 ގައި ކަމަށް މައްސަލަ ހުށަހެޅި ފަރާތުން ބުނެއެވެ. އަދި މާލެ އިން، މެރިން ގޭސް އޮއިލްއާ ޙަވާލުވުމަށް ހަމަޖެހިފައި އޮތީ، އަލްފާ އެނރާ ޖީ އެފްޒެޑްސީ އިން މެރިން ގޭސ އޮއިލް ވިއްކި ކުންފުނި ކަމަށްވާ ފިއުލް އެކްސްޕްރެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އިން ކަމަށާއި، މެރިން ގޭސ އޮއިލް ޑިސްޗާޖުކުރުމުގެ ތެރެއިން އޭގައި ތަގައްޔަރުކަމެއ ހުރް ކަމަށި ފާހަގަވާކަމުގެ ޝަކުވާއަކާއެކު މެރިން ގޭސް އޮއިލްއާ ޙަވާލުވުމަށް ފިއުލް އެކްސްޕްރެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ދެކޮޅުހެދި ކަމަށް، އެކަން ހިނގި ގޮތުގެ ތަފޞް ލާއެކ މައްސަލު ހުށަހެޅަ ފަރާތުން ފާހަގަކޮށްފައިވެއެވެ.
6ފިއުލް އެކްސްޕްރެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން މެރިން ގޭސް އޮއިލްއާ ޙަވާލުވުމަށް ދެކޮޅުހަދައި، އަލްފަ އެނރާ ޖީ އެފްޒެޑްސީއަށް ދެއްކި ފައިސާ އަނބުރާ ދެއްކުމަށް އެ ކުންފުންޏަށް އެންގި ކަމަށް މައްސަލަ ހުށަހެޅި ފަރާތުން ބުނެއެވެ. އަދި މި އުފެދުނު ހުސޫމާތުގެ ތެރެއިން، ބޯޓު ފުރައިގެންދިއުނ ހުއްޓުވުމަށް ކޯޓަށް ރަޖިސްޓްރީ ނަންބަރު 0170/2011-C ހުށަހެޅުމުން، ސިވިލް ކޯޓުގެ ނަންބަރު 2024-CVC-3440 ޤަޟއްޔާއިނި 21 އޮކްޓޫބަރު 2024 ގައި ވަގުތީ އަމުރެއް ނެރެ ބޯޓު ފުރައިގެން ދިއުން ހުއްޓުވިއެވެ. އޭގެ ފަހުން، ޑީއެސްޖީ ޝިޕިންގ އިންކޯޕަރޭޓެޑުން 1,043567.00 USD ސިވިލް ކޯޓުގައި ސެކިއުރިޓީއެއްގެ ގޮތުގައި ބެހެއްޓުމުން، ބޯޓު ފުރައިގެންދިއުން ހުއްޓުވުމަށް ކުރިން ނެރެފައިވާ އަމުރު ބާޠލުކުރާކަމަށި 14 ޖަނަވަރީ 2025 ގައި އެ ކޯޓުން ކަނޑައަޅާފައިވެއެވެ.
7ޑީއެސްޖީ ޝިޕިންގ އިންކޯޕަރޭޓެޑް އަދި ކެންޑުއަރ ޓޭންކާރޒް އެފްޒެޑްއީ (މީގެ ފަހުން "ބޯޓުގެ ވެރިފަރާތް") އާއި މައްސަލަ ހުށަހެޅި އޯޝަން އީއެކްސްއެލްއ ދެމެދާ ހުރު ހުސޫމާތުތަކަކީ، ބޯޓުގެ މެނިފޯލްޑް ޕައިޕުގައި ހުރި ތަގައްޔަރުކަމުގ މައްސަލެ އާއި، ބޯޓު އޯފް-ހަޔަރ ސްޓޭޓަސްގައި އތޮ ވައި ކުއްޔަށް ޑިމާންޑްކުރުމުގެ މައްސަލަ އާއި، އޯޝަން އީއެކްސްއެލްގެ ހުއްދަ ނެތި ބޯޓުގައި ހުރި އޯޝަން އީއެކްސްއެލްގެ ކާގޯ، ބޯޓުގެ ބަންކަރުގެ ބޭނުމަށް ނަގަމުންދާ މައްސަލަކަމަށ މައްސަލް ހުށަހެޅަ ފަރާތުން ފާހަގަކުރެއެވެ.
8ޗާޓަރ ޕާޓީގައި ޙވަ ލާދޭ ޝެލްޓައިމާ 4 ޓައިމް ޗާޓަރގެ 46 ވަނަ މާއްދާ ނިޔާކުރާ ގޮތުން އެ އެއްބަސްވުމަށް ތަތުބީޤުކުރެވޭނީ އިނގިރޭސިވިލާތުގެ ޤާ ނޫނު ކަމަށާއި، އަދި އެއްބަސްވުމުގެ ދަށުން އުފެދޭ ހުސޫމާތުތައް ޙައްލުކުރަންޖެހޭނީ ލަންޑަން އާބިޓްރޭޝަނަށް ހުށަހަޅައިގެންކަމަށް ވާތީ، އޯޝަން އީއެކްސްއެލް އާއި ބޯޓުގެ ވެރިފަރާތާ ދެމެދު އޮތް މައްސަލަ ލަންޑަން އާބިޓްރޭޝަނަށް މިހާރު ހުށަހެޅިފައިވާކަމަށް ފާހަގަކޮށް، އިނގިރޭސިވިލާތުގައި އޯޝަން އީއެކްސްއެލް ތަމްސީލުކުރާ "ނޯޓިކާ ލޯ"އިން، 17 ޑިސެމްބަރު 2024 ގައި ބޯޓުގެ ވެރިފަރާތަށް ފޮނުވާފއިވަ "ނޯޓިސް އޮފް އާބިޓްރޭޝަން"ގެ ނަކަލު ކޯޓަށް ހުށަހަޅާފައިވެއެވެ. އަދި އޯޝަން އީއެކްސްއެލް އިން އިނގިރޭސިވިލާތުގެ ލަންޑަންގެ އެޑްހޮކް އާބިޓްރޭޝަނަށް ހުށަހެޅި މައްސަލާގައި މި ފަދައިން ކަނޑައެޅީ ސިވިލް ކޯޓުގެ ނަންބަރު B17/CA/2025/16-144 ކޯޓު އަމުރުންނެވެ. މައްސަލަ ހުށަހެޅި ފަރާތުން ދަޢވު ތަފްޞީލުކޮށް ހުށަހަޅާ މައްސަލައިގެ ޖަވާބުދާރީވުމަށް 06 ފެބރުވަރު 2025 އިން ފެށގެނި 21 ދުވަސް މައްސަލަ ރައްދުވާ ފަރާތްތަކަށް ދީފައިވެއެވެ.
9އޯޝަން އީއެކްސްއެލް އިން އިނގިރޭސިވިލާތުގެ ލަންޑަންގެ އެޑްހޮކް އބިޓްރޭޝަނަށާ ހުށަހެޅިފައިވާ މައްސަލައާއި ގުޅިގެނަ ދެގޮތަށް ވަގުތީ ފިޔަވަޅެއް އަޅައި ދިނުމަށް މިކޯޓުގައި އެދިފައިވެއެވެ. އެގޮތުން "އޯޝަން އީއެކްސްއެލް މެނާ އެފްޒެޑްސީ އާއި އަލްފާ އެނާ ރޖީ އެފްޒެޑްސީއާ ދެމެދު 27 ސެޕްޓެމްބަރު 2024 ގައި ސޮއިކުރި ސޭލް އެންޑް ޕަރޗޭސް އެގްރިމެންޓްގެ ދަށުން އޯޝަން އީއެކްސްއެލް މެނާ އެފްޒެޑްސީ އާއި އަލްފާ އެނާރޖީ އެފްޒެޑްސީއަށް ވިއްކި 3،500 މެޓްރިކް ޓަނުގެ ފިއުލް އޮއިލް އާއި، 857 މެޓްރިކް ޓަނުގެ މެރިން ގޭސް އޮއިލް އުފުލުމަށް އޯޝަން އީއެކްސްއެލް އާއި ޑީއެސްޖީ ޝިޕިންގ އިންކޯޕަރޭޓެޑްއާ ދެމެދު 13 އޮގަސްޓް 2024 ގައި ސޮއިކޮށްފައިވާ ޗާޓަރޕާޓީގެ ދަށުން އެމްޓީ ޑީއެސްޖީ / MT DSG ނަމަކަށް ކިޔާ ބޯޓު (އައި.އެމް.އޯ ނަންބަރު: 9555216) އަށް ލޯޑުކުރި ކާގޯ ނުވަތަ އެ ކާގޯއިން މިވަގުތު ބާކީ ހުރި މިންވަރެއް އޯޝަން އީއެކްސްއެލް މެނާ އެފްޒެޑްސީއަށް ޙަވާލުކުރުމަށާއި، ކާގޯ އެކީއެކުގައި ޙަވާލު ނުކުރެވޭނަމަ، ބޯޓުގައި ބާކީ ހުރި ކާގޯ ޙަވާލުކުރުމާއެކު، ޙަވާލު ނުކުރެވި ހުރި ކާގޯގެ އަގަށްވާ ފައިސާ، 17 ޑިސެމްބަރު 2024 ގައި އޯޝަން އީއެކްސްއެލް މެނާ އެފްޒެޑްސީ އިން ލަންޑަން އާބިޓްރޭޝަނަށް ހުށަހަޅާފައިވާ މައްސަލާގައި ވަކިގޮތެއް ކަނޑައަޅަންދެން ދިވެހިރާއްޖޭގެ ހައިކޯޓުގައި ސެކިއުރިޓީއެއްގެ ގޮތުގައި ބެހެއްޓުމަށް ބޯޓުގެ ވެރިފަރާތް ޑީއެސްޖީ ޝިޕިންގ އިންކޯޕަރޭޓެޑއާއް، އޮޕަރޭޓަރ ކެންޑުއަރ ޓޭންކރޒްއަށް އަންގައި އަމުރު ކުރަމެވެ." (ނުވަތަ) "އޯޝަން އީއެކްސްއެލް އާއް ޑީއެސްޖީ ޝިޕިންގ އިންކޯޕަރޭޓެޑްއާ ދެމެދު 13 އޮގަސްޓް 2024 ގައި ސޮއިކޮށްފައިވާ ޗާޓަރޕާޓީގެ ދަށުން އުފެދިފައިވާ ހުސޫމާތު ޙައްލު ކުރުމަށްޓަކައި އޯޝަން އީއެކްސްއެލް އެފްޒެޑްސީގެ ފަރާތުން 17 ޑިސެމްބަރު 2024 ގައި ލަންޑަން އާބިޓްރޭޝަނަށް ހުށަހަޅާފައިވާ މައްސަލާގައި ވަކިގޮތެއް ކަނޑައަޅަންދެން، ނުވަތަ މިކޯޓުން އެނޫން ގޮތަކަށް އަމުރުކުރަންދެން އެމްޓީ ޑީއެސްޖީ / MT DSG ނަމަކަށް ކިޔާ ބޯޓު (އައި.އެމް.އޯ މައްސަލަ ހުށަހަޅާ ފަރާތްތަކުން 17 ފެބުރުވަރީ 2025 ވަނަ ދުވަހު ޝަރީޢަތުގައި ދެއްކި ވާހަކަ ނަންބަރު: 9555216) ދިވެހިރާއްޖެއިން ފުރައިގެން ނުދިއުމަށާއި، ބޯޓަށް އެއްވެސް ބަދަލެއް ނުގެނައުމަށާއި، އަދި ބޯޓު ގުޅިގެނާ ތިންވަނަ ފަރާތެއްގެ ޙައްޤެއް އުފަންވެދާނެފަދަ އެއްވެސް ކަމެއް ނުކުރުމަށް ބޯޓުގެ ވެރިފަރާތް ޑީއެސްޖީ ޝިޕިންގ އިންކޯޕަރޭޓެޑއް އ، އޮޕަރޭޓަރ ކެންޑުއަރ ޓޭންކާރޒްއަށް އަދި ލޯކަލް އެޖެންޓް ރާއްޖެ ޝިޕިންގ ޕްރައިވެޓް ލިމިޓެޑަށް އަންގައި އަމުރު ކުރަމެވެ."
1016 ޖަނަވަރީ 2025 ގައި އިސްވެ ބަޔާންކުރެވުނު ދެގޮތުގެ ތެރެއިން ގޮތެއް މިކޯޓުން ނިންމާފައިވެއެވެ. އެގޮތުން މައްސަލަ ހުށަހެޅި ފަރާތުން ދެވަނައަށް އެދިފައިވާ ގޮތާ އެއްގޮތަށް މިކޯޓުން އަމުރެއް ނެރެދީފައިވެއެވެ.
11އެގޮތުން ހައިކޯޓުން އަމުރެއް ނެރުނު ފަހުން ޙާލަތު ބަދަލުވެފައިވާކަމަށާ ބުނެ، ކުރިން އަމުރަށް އެދި ހުށަހެޅި އިރު، ވަގުތީ ފިޔަވަޅު އެޅުމަށް އެދިފައިވާ ފުރަތަމަ ގޮތާއެއްގޮތވް ގޮތުގެމަތީން ވަގުތީ ފިޔަވަޅެއް އަޅައި ދިނުމަށް އޯޝަން އީއެކްސްއެލް އިން ހައިކޯޓަށް މި މައްސަލަ ހުށަހަޅާފައި ވެއެވެ.
އެދޭ ވަގުތީ ފިޔަވަޅު
12މއްސަލ ހުށަހަޅަ ފަރާތުން އެދިފައިވަނީ ތިރީ ގައި ބަޔާންކޮށްފައިވާ ގޮތަށް ވަގުތީ ފިޔަވަޅެއް އަޅައިދިނުމަށެވެ. ''އޯޝަން އީއެކްސްއެލް އާއި ޑީއެސްޖީ ޝިޕިންގ އިންކޯޕަރޭޓެޑްއާ ދެމެދު 13 އޮގަސްޓް 2024 ގައި ސޮއިކޮށްފައިވާ ޗާޓަރޕާޓީގެ ދަށުން އެމްޓީ ޑީއެސްޖީ / MTDSG ނަމަކަށް ކިޔާ ބޯޓު (އައި.އެމް.އޯ ނަންބަރު 9555216) އަށް ލޯޑުކުރި 3,500 މެޓްރިކް ޓަނުގެ ފިއުލް އޮއިލް އާއި، 857 މެޓްރިކް ޓަނުގެ މެރިން ގޭސް އޮއިލްގެ ތެރެއިން، މި އަމުރުގެ ތާރީޚުން ފެށިގެނު ގިނަވަގެން 3 ދުވަހުގެ ތެރޭގައި .121- 3,500 މެޓްރިކް ޓަނުގެ ފިއުލް އޮއިލް އޯޝަން އީއެކްސްއެލް މެނާ އެފްޒެޑްސީއާ ޙަވާލުކުރުމަށް .221- ބޯޓުގައި 3,500 މެޓްރިކް ޓަނުގެ ފިއުލް އޮއިލް ހަމައަށް ނެތްނަމަ، ބޯޓުގައި ބާކީ ހުރި ފިއުލް އޮއިލް ކާގޯ ޙަވާލުކުރުމާއެކު، ޙަވާލުނުކުރެވި ހުރި ފިއުލް އޮއިލްގެ އަގަށްވާ ފައިސާ، ފިއުލް އޮއިލްގ ކޮންމެ މެޓްރިކް ޓަނަކަށް $460 ގެ ރޭޓުން ހިސާބުކޮށް، 17 ޑިސެންބަރު 2024 ގައި އޯޝަން އީއެކްއެސްއެލް މެނާ އެފްޒެޑްސީ އިން ލަންޑަން އާބިޓްރޭޝަނަށް ހުށަހަޅާފައިވާ މައްސަލާގައި ވަކިގޮތެއް ކަނޑައަޅަންދެން ދިވެހިރާއްޖޭގެ ހައިކޯޓުގައި ސެކިއުރިޓީއެއްގެ ގޮތުގައި ބެހެއްޓުމަށް ބޯޓުގެ ވެރިފަރާތް ޑީއެސްޖީ ޝިޕިންގ އިންކޯޕަރޭޓެޑްއާއި، އޮޕަރޭޓަރު ކެންޑުއަރ ޓޭންކާރޒްއަށް އަންގައި އަމުރުކުރަމެވެ." މިފަދައިންނެވެ.
13އިސްވެ ބަޔާންކުރެވުނުގޮތަށް ވަގުތީ އަމުރު ނެރެދިނުމަށް މައްސަލަ ހުށަހެޅި ފަރާތުން އެދެނީ، އާބިޓްރޭޝަނުގެ ޤާނޫނުގެ 45 ވަނަ މާއްދާގެ (ހ) އާއި، ހައިކޯޓުގެ "ބައިނަލްއަޤުވާމީ އާބިޓްރޭޝަނާ ގުޅޭގޮތުން ޢަމަލުކުރާ އުޞޫލު"ގެ 2 ވަނަ މާއްދާގެ (ރ) ގެ ދަށުންނެވެ.
ވަގުތީ ފިޔަވަޅު އެޅުމަށް އެދޭ ސަބަބު
14ބަޔާންވެދިޔގޮތުގަ މައްޗަށް ވަގުތީ އަމުރު ނެރެދިނުމަށް މައްސަލަ ހުށަހެޅި ފަރާތުން އެދޭ ސަބަބުތަކުގެ ގޮތުގައި ފާހަގަކޮށްފައިވާ ކަންކަމުގެ ޚުލާޞާ ތިރީގައި މި ފާހަގަކުރަނީއެވެ.
14.1- ޗާޓަރޕާޓީ ލާޒިމްކުރާ ގޮތުން ބޯޓަކީ ޕެޓްރޯލިއަމްގެ ބާވަތްތައް އުފުލުމަށް އެކަށޭނަ އުޅަނދަކަށް ވާންޖެހޭއިރު، މެރިން ގޭސް އޮއިލްގައ ހުރި ތަގައްޔަރުކަމަކީ ބޯޓުގެ މެނިފޯލްޑް ޕައިޕްގެ ސަބަބުން ކުރިމަތިވި ކަމަކަށްވާތީ އެއީ ބޯޓުގެ ވެރިފަރާތުން އަދާކުރަންޖެހޭ އިލްތިޒާމާ ޚިލާފުވުންކަމަށާއި، އެކަމުގެ ޒިންމާ ބޯޓުގެ ވެރިފަރާތުން ނަގަންޖެހޭނެކަމަށް.
2.14- އޯޝަން އީއެކްސްއެލް އިން ލޯޑުކުރި ކާގޯގެ ތެރެއިން، މާލެއަށް ޑިސްޗާޖް ކުރުމަށު އޮތް މެރިން ގޭސް އޮއިލް ލޯޑުކުރިއިރ ހުރު އެއްވެސް ތަގައްޔަރުކަމެއް ނެތިކަން ޓެސްޓުތަކުނ އެނގެން އޮތްއިރު، މެރިން ގޭސް އޮއިލްގައ ހުރި ތަގައްޔަރުކަމަކީ ބޯޓުގެ މެނިފޯލްޑް ޕައިޕުގެ ސަބަބުން ކުރިމަތިވި ކަމަކަށްވާތީ، އެކަމުގެ ޒިންމާ ނަގަންޖެހޭނީ ބޯޓުގެ ވެރިފަރާތުންކަން.
ގާނޫނު ނަންބަރު 2013/10
3.14- ބޯޓުގެ މެނިފޯލްޑް ޕައިޕްލައިން ތަކުގައި ހުރި ތަގައްޔަރު ކަމެއްގެ ސަބަބުން މާލެއަށް ޑިސްޗާޖް ކުރުމަށް ކަނޑައެޅުނު މެރިން ގޭސ އޮއިލް ތަގައްޔަރުވެފައި ހުރުމަކީ ޗާޓާރޕާޓީގެ 1 ވަނަ މާއްދާއިން ބޯޓުގެ ވެރިފަރާތާ މަތިކޮށްފައިވާ އިލްތިޒާމާ ހިލާފުކަމަކަށްވާއިރު، އެ މާއްދާގައިވާގޮތުން، ބޯޓަކީ ޕެޓްރޯލިއަމްގެ ބާވަތްތައް އުފުލުމަށް އެކަށޭނެ އުޅަނދެއްކަން ކަށަވަރުކުރުމަކީ ޑީއެސްޖީ ޝިޕިންގ އިންކޯޕަރޭޓެޑްގެ ޒިންމާއަކަށްވީނަމަވެސް، ބޯޓުގެ ވެރިފަރާތުގެ ހައިސިއްޔަތުން ޑީއެސްޖީ ޝިޕިންގ ނުވަތަ އޮޕަރޭޓަރުގެ ހައިސިއްޔަތުން ކެންޑުއަރ ޓޭންކު ރ ޒް އިން މި ޒިންމާ އަދާކޮށްފައި ނުވާކަން.
4.14- ސިވިލް ކޯޓުގެ ނަންބަރު 2024-CVC-3440 ގަޟިއްޔާއިނ ނެރުން ވަގުތު އަމުރާ ގުޅިގެން ބޯޓު ރާއްޖެއިން ފުރައިގެން ދިއުން މަނާކޮށްފައި އޮތް ޙލަތުގައިވެސާ ބޯޓުގެ ވެރިފަރާތުން އަދި ސީދާ ބޯޓުގެ މާސްޓަރުވެސ މަސައްކަތް ކުރަމުން ދިޔައީ ޗާޓާރޕާޓީއާ ޚިލާފަށް، ބޯޓު އޯފި-ހަޔަރ ޙާލަތުގައި އތޮ ވ ވެސް ބޯޓަށް ކުލި ހޯދުމަށާއި، އަދި ބޯޓުގައި ހުރި އޯޝަން އީއެކްސްއެލް ކާގޯ، ބަންކަރުގ ގޮތުގައެ މިހާރުވެސް ބޭނުންކުރަމުންދކަމަށާއި، އޯޝަން އީއެކާ ސްއެލްގެ ކާގޯ ބޯޓުގެ ބަންކަރުގ ގޮތުގައެ ބޭނުންކުރާކަން ދެނެގަނެވޭނެ މުހިންމު ވާޤިއާތަކެއް އެބަހުރިކަން.
5.14- ބޯޓުގެ މާސްޓަރުގެ ފަރާތުން ފޮނުވާފައިވާ އީމެއިލްތަކަކީ މަދުވެގެން އެ އީމެއިލްތަކުގައި ބަޔާންކޮށްފައިވާ ޢަދަދަށް އޯޝަނަ އީއެކްސްއެލްގެ މެރިން ގޭސ އޮއިލް ކާގޯ ނަގާފައިވާކަމުގެ ހެއްކެއްކަމަށާއި، މިއިން ކޮންމެ އީމެއިލްއެއްގައި މެރިން ގޭސ އޮއިލް އަނެއްކާވެސް ބޭނުންކުރާނެ ކަމަށް ބުނެފައިވުމުން، މިއީ ހިނގަހިނގާ ހުރިކަމެއްކަން އެނގޭކަން.
6.14- ބޯޓުގެ އިންޖީނުތައް ހިންގުމަށްޓަކައި ބަންކަރުގެ ގޮތުގައި ނަގާފައިވާ ތެލުގެ އަދަދާއި، ކާގޯ ޓޭންކުތަކުގައި ބާކީ ހުރި ކާގޯގެ އަދަދު ކަށަވަރުކޮށްދިނުމަށް އެތައް ފަހަރަކު އޯޝަން އީއެކްސްއެލްއިން ބޯޓުގެ ވެރިފަރާތާއި، ބޯޓުގެ މާސްޓަރުގެ ކިބައިން ތަކުރާރުކޮށް އެދިފައިވީނަމަވެސް، މިއިން އެއްވެސް މުވާސަލާތަކަށ މައްސަލް ރައްދުވަ ފަރާތްތަކުން ޖަވާބު ދީފައިނުވާކަން.
ޝަރީޢަތް ހިނގާދިޔަގޮތް
15މި މައްސަލަ، މައްސަލަ ބަލާ ސެކްޝަނަށް ލިބިފައި ވަނީ 16 ފެބރުވަރު 2025 ގެ މެންދުރުއެވެ. މައްސަލަ ލިބުމާއެކު މައްސަލައިގެ ލިޔެކިއުން މައްސަލަ ރައްދުވާ ފަރާތްތަކާ ހިއްސާކުރެވުނެވެ.
16މ މައްސަލި ހުށަހެޅުނުއިރު މިކޯޓުގެ އަމުރަކުން ބޯޓު ފުރުން މަނާކޮށްފައި އޮތް ނަމަވެސް، މައްސަލަ ރައްދުވާ ފަރާތްތަކުން ބޯޓުގައި ހުރި ކާގޯ މިހާރުވެސް ބޭނުންކުރަމުންދާކަން މިކޯޓުގެ ސަމާލުކަމަށް ގެނެސްފައިވެއެވެ.
17ހުށަހަޅާފައިވާ މައްސަލައަކީ މިކޯޓުގެ ނަންބަރު 2025/HC-A/17 ޤަޟިއްޔާއިން ބޯޓު ފުރުން މަނާކޮށް އަމުރެއް ނެރެފައިވަނިކޮށް، ބޯޓުގައި ހުރި ކާގޯ މައްސަލަ ރައްދުވާ ފަރާތުން މިހާރުވެސް ބޭނުންކުރަމުންދާކަމަށް ބުނެ، ބޯޓުގައިހުރި ކާގޯ މައްސަލަ ހުށަހެޅި ފަރާތާއި ޙަވާލުކޮށްދިނުމަށް ވަގުތީ އަމުރެއް ނެރެދިނުމަށް އެދި ހުށަހަޅާފައިވާ މައްސަލައަކަށްވެފައި، ބޯޓުގައި ހުރި ކާގޯ މިހާރުވެސް ބޭނުންކުރަމުންދާ ކަމުގެ އިހުތިމާލު އޮވެދާނެތީ، މައްސަލައިގެ އަޑުއެހުމެއް 17 ފެބރުވަރު 2025 ވަނަ ދުވަހުގެ ރޭ 08:30 އަށް ތާވަލުކޮށް އެ ރޭ އަޑުއެހުން ކުރިއަށް ގެންދެވުނެވެ.
18މި އަޑުއެހުމަށް ޙާޟިރުވުމަށް މައްސަލަ ރައްދުވާ ފަރާތްތަކަށް ކޯޓު އަމުރު ފޮނުވުނުކަމުގައިވިޔަސް، މައްސަލަ ރައްދުވާ ފަރާތްތަކުން ކޯޓުގައި ކުންފުނި ތަމްސީލުކުރުމުގެ ލިޔެކު ޔިން ފުރިހަމަކޮށްފައެއް ނުވެއެވެ. އަދި މައްސަލަ ބޭއްވުމަށް ހަމަޖެހިފައިވާ ވަގުތު ހަމަވނަމަވެސް، މައްސަލަ ރައްދުވާ އެއްވެސް ފަރާތަކުން ކޯޓަށް ޙޟިރުވެފައެއާ ނުވެއެވެ.
19HN5މައްސަލާގައި މެދުވެރިވެފައިވާ ޙާލަތަށާއި، މައްސަލަ ހުށަހެޅި ފަރާތުން އެދޭ ގޮތަށާއި، މައްސަލާގައި ގޮތެއް ނުނިންމައި ފަސްކޮށްފިނަމ މައްސަލަ ހުށަހެޅަ މަޤްޞަދު ގެއްލި މުއާލާތް ކެނޑިދާނެތީއާއި، މި ބާވަތުގެ މައްސަލައެއްގައި ނިންމާ ނިޔާއަކީ ދާއިމީ ނިޔާއަކަށ ނުވާން ކަމުން، ފަނޑިޔާރުންނަށް ޤަބޫލުކުރެވުނީ އެންމެ ޢަދުލުވެރި އަދި ރައްކައުތެރި ގޮތަކީ މައްސަލާގައި އިތުރު އަޑުއެހުން ތަކެއް ބޭއްވުމަކާ ނުލައި، އަދި އިތުރު ލަސްކުރުމަކާ ނުލައި އަވަހަށް ގޮތެއް ނިންމުމަށެވެ.
ޝަރީޢަތަށް ފާހަގަކުރެވުނު ކަންތައްތައް
20މި މައްސަލައާއި ގުޅިގެން، މައްސަލަ ހުށަހަޅާ ފަރާތުން ދެއްކި ވާހަކަތަކަށާއި އަދި ހުށަހަޅާފައިވާ އެންމެހއަ ލިޔެކިޔުންތަކަށް ބަލާއިރު، އަންނަނިވި ކަންކަން ފާހަގަކުރެވިފައިވެއެވެ.
21މި މައްސަލައަކީ އާބިޓްރޭޝަނާ ގުޅިގެން ވަގުތީ ފިޔަވަޅެއް އަޅައިދިނުމަށް އެދި ހުށަހަޅާފައިވާ މައްސަލައަކަށްވާއިރު، މީގެ ކުރިން މި ކޯޓުގެ ނަންބަރު 2025/HC-A/17 ޤަޟިއްޔާއިން ވަގުތީ އަމުރަކަށް އެދި މައްސަލަ ހުށަހެޅި ފަރާތުން ދެ ކަމެއް ހުށަހަޅައި، އެ ފަރާތުން އެދިފައިވަނީ ހުށަހަޅާފައިވާ ދެ ގޮތުން ކުރެ އެއް ގޮތަކަށް ވަގުތީ އަމުރު ނެރެދިނުމަށްކަމަށްވާއިރު، މި ކޯޓުން އަމުރެއް ނެރެފައިވަނީ 2 ކަމުން ކުރެ އޯޝަން އީއެކްސްއެލް މެނާ އެފްޒެޑްސީގެ ފަރާތުން 17 ޑިސެނބަރް 2024 ގައި ލަންޑަން އާބިޓްރޭޝަނަށް ހުށަހަޅާފައިވާ މައްސަލާ ގައި ވަކިގޮތެއް ކަނޑައަޅަންދެން، ނުވަތަ މިކޯޓުން އެނޫން ގޮތަކަށް އަމުރުކުރަންދެން އެމްޓީ ޑީއެސްޖީ MT DSG ނަމަކަށް ކިޔާ ބޯޓު ދިވެހިރާއްޖެއިން ފުރައިގެން ނުދިއުމަށާއި، ބޯޓަށް އެއްވެސް ބަދަލެއް ނުގެނައުމަށާއި، އަދި ބޯޓާ ގުޅިގެން ތިންވަނަ ފަރާތެއްގެ ޙައްޤެއް އުފަންވެދާނެފަދަ އެއްވެސް ކަމެއް ނުކުރުމަށް ބޯޓުގެ ވެރިފަރާތް ޑީއެސްޖީ ޝިޕިންގ އިންކޯޕަރޭޓެޑއް އާ، އޮޕަރޭޓަރ ކެންޑުއަރ ޓޭންކރޒާ އެފްޒެޑްއީ އަށް އަދި ލޯކަލް އެޖެންޓް ރާއްޖެ ޝިޕިންގ ޕްރައިވެޓް ލިމިޓެޑަށް އަންގައެވެ
22އެހެންކަމުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2025/HC-A/17 ޤަޟިއްޔާއިން މިފަދައިން އަމުރެއް ނެރެފައިވަނިކޮށް، މިހާރު ޙާލަތު ބަދަލުވެފައިވާކަމާއި މިހާރުގެ ޙާލަތައް ރިޢާޔަތްކޮށް އަނެއްކާވެސް ވަގުތީ ފިޔަވަޅެއް އަޅައިދިނުމަށް އެދިފައިވާ އެދުމަށް ބަލާއިރު، މައްސަލަ ރައްދުވާ އެހެން ފަރާތްތަކުގެ ބަހެއް ހޯދުމަކާނުލައި މި އަމުރު ނެރެންޖެހޭފަދަ ޙާލަތެއް މައްސަލަ ހުށަހަޅާ ފަރާތަށް ދެއްކިފައިވޭތޯ ބަލަންޖެހެއެވެ.
23HN1އޯޝަން އީއެކްސްއެލް އިން ފާހަގަކޮށްފައިވާ ފަދައިން، އިނގިރޭސިވިލާތުގައި އޯޝަން އީއެކްސްއެލް ތަމްސީލުކުރާ "ނޯޓިކާ ލޯ"އިން، 17 ޑިސނެ ބަރް 2024 ގައި ބޯޓުގެ ވެރިފަރާތަށް "ނޯޓިސް އޮފް އާބިޓްރޭޝަން" ފޮނުވާފައިވާކަން އެނގެން އޮތުމުން، އާބިޓްރޭޝަންގެ މަރޙު ލާތައަ މިހާރު ފެށުނީކަމުގައި ބަލަން ޖެހެއެވެ. އާބިޓްރޭޝަންގައ މައްސަލި ހިނގަން ފެށީކަމަށ ބަލަން ޖެހެއެވެ.
24HN2އާބިޓްރޭޝަނުގެ ޤާނޫނާ ގެ 45 ވަނަ މާއްދާގައި ބަޔާންކޮށްފައި ވަނީ އަންނަނިވި ފަދައިންނެވެ. ކޯޓުން އަމިއްލަ 45. (ހ) އާބިޓްރޭޝަނުގައި ހިނގަމުންދާ މައްސަލައަކާ ގުޅޭގޮތުން، އިސްނެގުމުގައި ވަގުތީ ވަގުތީ ފިޔަވަޅު އެޅުމުގެ އަމުރު ނެރުމުގެ ބާރު އެ އަމުރެއް ނެރުން މައްސަލަ ބަލަމުންދާ އާބިޓްރަލް ޓްރައިބިއުނަލަށް ލިބިދޭ ޙާލަތުތަކުގައި، އެ ބާރު އެ ޓްރައިބިއުނަލަށް ލިބިދެވޭ ނިސްބަތަށް، އާބިޓްރޭޝަނުގައި ހިނގަމުންދާ އެ މައްސަލައާ ގުޅޭގޮތުން، ކޯޓުގެ އަމިއްލަ އިސްނެގުމުގައި، ގާނޫނު ނަންބަރު 2013/10 އެފަދަ އަމުރު ނެރުމުގެ ބާރު ކޯޓަށްވެސް ހަމަ އެ ނިސްބަތަށް ލިބިގެންވެއެވެ. އެއީ، އެ އާބިޓްރޭޝަން ހިނގަމުންދަނީ ދިވެހިރާއްޖޭން ބޭރުގައި ކަމުގައިވީނަމަވެހެވެ.
(ށ) އާބިޓްރޭޝަނުގައި ހިނގަމުންދާ މައްސަލައަކާ ގުޅޭގޮތުން، ވަގުތީ ފިޔަވަޅު އެޅުމުގެ އަމުރު ނެރުމުގެ ބާރު ކޯޓުން ބޭނުންކުރާނީ، ބައިނަލްއަޤްވާމީ އާބިޓްރޭޝަނާ ގުޅޭގޮތުން އެ ކޯޓުން ޢަމަލުކުރުމަށް ކަނޑަޅާފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ. މި މާއްދާއަށް ބަލާއިރު، އާބިޓްރޭޝަންގައި ހިނގަމުންދާ މައްސަލައަކާ ގުޅިގެން ވަގުތީ ފިޔަވަޅުއެޅުމަށް މި ކޯޓަށް ހުށަހެޅޭ މައްސަލަތަކުގައި ގޮތެއް ނިންމުމުގައި؛ - ވަގުތީ ފިޔަވަޅު އެޅުމުގެ އަމުރު ނެރުމުގެ ބާރު އެ މައްސަލަ ބަލަމުންދާ އާބިޓްރަލް ޓްރައިބިއުނަލަށް ލިބިދޭތޯ އާއި، - އަޅައިދިނުމަށް އެދޭ ފިޔަވަޅަކީ، މައްސަލަ ބަލަމުންދާ އާބިޓްރަލް ޓްރައިބިއުނަލށ ވެސް އެޅުމުގެ ބާރަ ލިބި އޮތް ފިވަޅެއްތޯ އާއި، - އަޅައިދިނުމަށް އެދޭ ވަގުތީ ފިޔަވަޅު އެޅުމާ ގުޅޭގޮތުން ކޯޓުން އަމަލުކުރުމަށް ކަނޑައަޅާފައިވާ އުޞޫލަކީ ކޮބައިތޯ، މި ކަންކަމަށް ރިއޔާތްކުރަން ޖެހޭކަމުގައި ފެނެއެވެ.
25HN3އޯޝަން އީއެކްސްއެލް އިން ފަށައިގެންފައިވ އާބިޓްރޭޝަނަކާ އިނގިރޭސިވިލާތުގެ އާބިޓްރޭޝަން އެކްޓް 1996 އާ ޙަވާލާދީ ހުށަހަޅާފައިވާ އެޑްހޮކް އާބިޓްރޭޝަނަކަށްވާއިރު، އެ ޤާނޫނުގެ 38 ވަނަ މާއްދާގެ (4) އަށް ރިއާޔަތްކުރާއިރު، އާބިޓްރޭޝަނަށް ހުށަހެޅިފައިވާ މައްސަލައެއްގެ މައޟުގައ ހިމެނި މުދަލެއް ހިފެހެއްޓުމަށް އަމުރު ނެރުމަކީ ޓްރައިބިއުނަލަށް ލިބިގެންވާ ބާރެއްކަން ސާފުކޮށް އެނގެން އޮތުމުން، އޯޝަން އީއެކްސްއެލް އިން ފަށައިގެންފައިވާ އާބިޓްރޭޝަންގައި ވަގުތީ ފިޔަވަޅު އެޅުމުގެ ބާރު އޮންނާނޭ ކަމާއި، އަދި މި މައްސަލާގައި އޯޝަން އީއެކްސްއެލް އިން އެދިފައިވާ ވަގުތީ ފިޔަވަޅު އެޅުމުގެ ބާރު ވެސް އާބިޓްރޭޝަނަށް ލިބިގެންވާކަން ސާފުވެއެވެ.
26HN4އާބިޓްރޭޝަންގައި ހިނގަމުންދާ މައްސަލައަކާ ގުޅިގެން ވަގުތީ ފިޔަވަޅު އެޅުމުގައި ކޯޓުން ޢަމަލުކުރުމަށް ކަނޑައަޅާފައިވާ އުޞޫލު ބަޔާންކުރަނީ، މި ކޯޓުގެ "ބައިނަލްއަޤުވާމީ އާބިޓްރޭޝަނާ ގުޅޭގޮތުން ޢަމަލުކުރާ އުޞޫލު" ގައެވެ. މި އުޞޫލުގެ 2 ވަނަ މާއްދާގެ (ޅ) ގައިވަނީބައިނަލްއަޤްވާމީ އާބިޓްރޭޝަންގައި ހިނގަމުންދާ މައްސަލައަކާ ގުޅިގެން ވަގުތީ ފިޔަވަޅެއް އެޅުމަށް އެދި މައްސަލާގައި ހިމެނޭ ޚަޞްމުންނަށް ހައިކޯޓުގައި އެދެވދާނެކަމަށާއި، އަދި މިގޮތުން މި އުޞޫލުގެ 3 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރަނީ "ބައިނަލްއަޤުވާމީ އާބިޓްރޭޝަންގައި ހިނގަމުންދާ މައްސަލައަކާ ގުޅޭގޮތުން ވަގުތީ ފިޔަވަޅު އެޅުމުގައި ވަގުތީ އަމުރަށް އެދި ޢާންމުކޮށް ހުށަހަޅާ މައްސަލަތަކުގައި ކޯޓުން ޢާންމުކޮށް ރިއާޔަތްކުރާ ކަންކަމަށް ރިއާޔަތްކުރާނެ" ކަމަށެވެ.
27ވަގުތީ އަމުރެއް ނެރުމުގައި ފުރިހަމަވޭތޯ ބަލަންޖެހޭ އާންމު ތިން ޝަރުޠއެ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2012/SC-A/21 ނެކްސްބިޒް ލިމިޓެޑް (އޮސްޓްރޭލިއާ) ވ. އެންޓި ކޮރަޕްޝަން ކޮމިޝަން ޤަޟިއްޔާގައި ބަޔާންކޮށްފައިވެއެވެ. އެއީ؛ - ވަގުތީ އަމުރަށް އެދޭ ފަރާތަކީ، އެފަދަ އަމުރަކަށް އެދުމުގެ ސިފަތު ނުވަތަ ހައިސިއްޔަތު ޤާނޫނީ ގޮތުން ލިބިގެންވާ ފަރާތަކަށްވުމާއި، - ވަގުތީ އަމުރަށް އެދޭ ފަރާތަށް، ޤާނޫނީ ގޮތުން ހިމާޔަތް ލިބެންޖެހޭ މައޟު އ ޙައްޤެއް ނުވަތަ ޤާނޫނާ މަރުކަޒެއް އޮތުމުގެ އިހުތިމާލު ފާޅުކަން ބޮޑު ގޮތެއްގައި ޤާއިމުވެގެންވުމާއި، - ވަގުތީ އަމުރު ނެރުމަކާ ނުލައި އަޞްލު މައޟު އ ދަޢވު ލަސްވެގެން ހިނގައްޖެނަމަ، ތަދާރުކުނުކުރެވޭ ގެއްލުމެއް ނުވަތަ ކުރިމަތިވެދާނެ ނުރައްކަލެއް އޮތުން، މިއެވެ.
28އަމުރަކަށް އެދުމުގެ ސިފަތު ނުވަތަ ހައިސިއްޔަތު އަމުރަށް އެދުނު ފަރާތަށް ލިބިގެންވޭތޯ ބަލާއިރު، އަމުރަށް އެދި ހުށަހެޅި އޯޝަން އީއެކްސްއެލް އަކީ، މި މައްސަލާގައި ޙަވާލާދޭ އާބިޓްރޭޝަންގައ ހިމެނި އެއް ފަރާތްކަން ނުވަތަ އެއް ޚަޞްމުކަނ އެނގެން އޮތުމާއި، އާބިޓްރޭޝަން ފެށިފައިވަނީ މި މައްސަލާގައި ބަޔާންކުރާ ބޯޓާއި އެ ބޯޓުގައި ހުރި ކާގޯއާ ގުޅޭގޮތުންކަން އެނގެން އޮތުމާއި، ބޯޓަކީ އޯޝަން އީއެކްސްއެލް އިން ޗާޓަރކޮށްފައިވާ ބޯޓެއްކަނ އެނގެން އޮތުމާއި، އަދި އޭގައި ހުރި ކާގޯއަކީ އޯޝަން އީއެކްސްއެލް އިން އެހެން ފަރާތަކަށް ވިއްކާފައިވާ މުދަލެއްކަން އެނގެން އޮތުމުން، އޯޝަން އީއެކްސްއެލް އިން އެދިފައިވާފަދަ އަމުރަކަށް އެދުމުގެ ސިފަތު، ޝައްކެއް ވެސް ނެތް ގޮތުގައި އެފަރާތަށް ލިބިގެންވެއެވެ.
29ވަގުތީ އަމުރަށް އެދޭ ފަރާތަށް، ޤާނޫނީ ގޮތުން ހިމާޔަތް ލިބެންޖެހޭ މައޟު އ ޙައްޤެއް ނުވަތަ ޤާނޫނާ މަރުކަޒެއް އޮތުމުގެ އިހުތިމާލު ފާޅުކަން ބޮޑު ގޮތެއްގައި ޤާއިމުވެގެންވޭތޯ ބަލާއިރު، ބޯޓުގައި ހުރި ކާގޯއަކީ އޯޝަން އީއެކްސްއެލް އިން އެހެން ފަރާތަކަށް ވިއްކާފައިވާ މުދަލެއްކަމަށްވާއިރު، އެ މުދާ ރައްދުކުރަންޖެހޭ ފަރާތަށް އެ މުދާ ރައްދުކުރެވިފައި ނުވާކަން އެނގެން އޮތުމާއި، އެ މުދަލުގެ އަގު އެކީގައި އޯޝަން އީއެކްސްއެލް އަށް ލިބިފައިނުވާކަމަށް ބުނާތީ އާއި، މާލޭ ޕޯޓަށް ޑިސްޗާރޖުކުރި މެރިން ގޭސ އޮއިލް އިން ފާހަގަވެފައިވާކަމަށް ބުނާ ތަގައްޔަރުކަމަކީ، އޯޝަން އީއެކްސްއެލް އިން ލޯޑް ކުރި ކާގޯގައި އޭގެ ޒާތުގައި ހުރި ތަގައްޔަރުކަމެއް ނޫންކަމަށް ބުނެ ދަލީލު ހުށަހަޅާފައިވުމާއި، މިކޯޓުގެ ނަންބަރު 2025/HC-A/17 ޤަޟިއްޔާއިން އަމުރެއް ނެރެ ގޮތެއް ކަނޑައަޅާފައިވަނިކޮށް، މިހާރުވެސް ބޯޓުގައި ހުރި ކާގޯ ބޭނުންކުރަމުންދާކަމުގެ ދަލީލުތައް ހުށަހަޅާފައިވާތީ، ޤާނޫނީ ގޮތުން ހިމާޔަތް ލިބެންޖެހޭ މައޟު އ ޙައްޤެއް ނުވަތަ ޤާނޫނީ މަރުކަޒެއް އޮތުމުގާ އިހުތިމާލު ފާޅުކަން ބޮޑުގޮތެއްގައި މި މައްސަލާގައި ޤއިމުވެގެނާ ވާކަމުގައި ފެނެއެވެ.
30ވަގުތީ އަމުރު ނެރުމަކާ ނުލައި އަޞްލު މައޟު އ ދަޢުވާ ލަސްވެގެން ހިނގައްޖެނަމަ، ތަދާރުކުނުކުރެވޭ ގެއްލުމެއް ނުވަތަ ކުރިމަތިވެދާނެ ނުރައްކަލެއް އޮތްތޯ ބަލާއިރު، ބޯޓުގައި ހުރި ކާގޯ ރައްދުވާންޖެހޭ ހިސާބަށް ރައްދުވެފައި ނުވާއިރު، އަދި މާލޭ ޕޯޓަށް ބާލަންޖެހޭ ކާގޯ ރައްދުވާންޖެހޭ ފަރާތުން އެއާ ޙަވާލުވުމަށް ދެކޮޅުހަދައި، ހުސޫމާތެއް އުފެދިފައިވާއިރު، މައްސަލަ ރައްދުވާ ފަރާތްތަކުން ބޯޓުގައި ހުރި ކާގޯ މިހާރުވެސް ބޭނުންކުރަމުންދާކަން ހުށަހެޅިފައިވާ ލިޔެކިޔުންތަކުން އެނގެން އެބައޮތެވެ.
31އެގޮތުން 11 ޑިސެންބަރު 2024 އާއި 14 ޖަނަވަރީ 2025 ގައި ބޯޓުގެ މާސޓް ރ ފޮނުވި މެއިލްތަކުނަ މައްސަލަ ހުށަހަޅާ ފަރާތުގެ މެރިން ގޭސ އޮއިލް ކާގޯ ނަގާފައިވާކަން އެނގެން އޮތްއިރު، މިކޯޓުގެ ނަންބަރު 2025/HC-A/17 ޤަޟިއްޔާއިން އަމުރަކުން ބޯޓު ފުރުމާމެދ ގޮތެއު ކަނޑއަޅިފަހުން، ބޯޓުގެ މާސްޓަރު 23 ޖަނަވަރީ 2025 ގައި ފޮނުވި އީމެއިލްގައި އިންޖީނު ބަންކަރު ޓޭންކަށް 8 މެޓްރިކް ޓަނުގެ މެރިން ގޭސް އޮއިލް އަނެއްކާވެސް ބަދަލުކުރާނެ ކަމަށް ބުނެފައިވާކަން އެނގެއެވެ. އަދި ބޯޓުގެ މާސްޓަރު 2 ފެބުރުވަރީ 2025 ގައި ފޮނުވި އީމެއިލްގައިވެސް އިންޖީނު ބަންކަރު ޓޭންކަށް 8 މެޓްރިކް ޓަނުގެ މެރިން ގޭސް އޮއިލް 11 11 ބޯޓުގެ މާސްޓަރު 23 ޖެނުއަރީ 2025 ގައި ފޮނުވި އީމެއިލްގެ ކޮޕީއެއް 'އެގްޒެބިޓް 14' ގެ ގޮތުގައި މައްސަލަ ހުށަހަޅާ ފަރާތުން ހުށަހަޅާފައިވެއެވެ. އަނެއްކާވެސް ބަދަލުކުރާނެ ކަމަށް ބުނެފައިވެއެވެ. މި ދެ އީމެއިލްއަކީ މި ކޯޓުގެ ނަންބަރު 2015/HC-A/17 ޤަޟިއްޔާއިން ވަގުތީ އަމުރު ނެރެފައިވާ ތާރީޚު ކަމުގައިވާ 16 ޖަނަވަރީ 2025 ތާރީޚގު ފަހުގެ ތާރީޚއެ ކަމަށްވާއިރު، މި ކޯޓުން ވަގުތީ އަމުރު ނެރުމުގެ ފަހުން ޙާލަތު ބަދަލާވެފައިވކަމާއި، ބޯޓުގައި ހުރި ކާގޯގެ ކަންތައް އެހެން ގޮތަކަށް ޙައްލުކުރުމަށް މައްސަލަ ހުށަހަޅާ ފަރާތުން މަސައްކަތްކޮށްފައިވާއިރު، އެކަމަށް އެއްބާރުލުން ބޯޓުގެ ވެރިފަރާތުން ދީފައިވާކަން މި ހިނދަށް ހުށަހެޅިފައިވާ ލިޔެކިޔުމުން އެނގެން ނެތުމުން މައްސަލަ ހުށަހެޅި އޯޝަން އީއެކްސްއެލް އަށް އިޔާދަނުވާފަދަ ގެއްލުމެއް ކުރިމަތިވެދާނެ ކަމުގެ ޙަޤީޤީ ނުރައްކަލެއް އޮތްކަމަށް ފެނެއެވެ.
ނިންމަން ފެންނަގޮތް
3211 ޑިސެންބަރު 2024 އާއި 14 ޖަނަވަރީ 2025 ގައި ބޯޓުގެ މާސްޓަރު ފޮނުވި މެއިލްތަކުން މައްސަލަ ހުށަހަޅާ ފަރާތުގެ މެރިން ގޭސ އޮއިލް ކާގޯ މައްސަލަ ރައްދުވާ ފަރާތުން ނަގާފައިވާތީ އެކަންކަމަށް ރިޢާޔަތްކޮށް، 16 ޖަނަވަރީ 2025 ގައި މި ކޯޓުގެ ނަންބަރު 2520/HC-A/17 ޤަޟިއްޔާއިން ވަގުތީ އަމުރެއް ނެރުނުފަހުން، މައްސަލަ ރައްދުވާ ފަރާތުން މައްސަލަ ހުށަހެޅި ފަރާތުގެ ކާގޯ ބޭނުންކުރަމުންދާކަމުގެ އިހުތިމާލު ފާޅުކަން ބޮޑުގޮތެއްގައި މިހިނދު އޮތްކަން މައްސަލަ ހުށަހަޅާ ފަރާތުން ހުށަހަޅާފައިވާ ލިޔެކިޔުންތަކުން އެނގެން އޮތުމުން، މައްސަލަ ހުށަހަޅާ ފަރާތުން އެދިފައިވާ ގޮތުގެ މަތިން ވަގުތީ އަމުރު ނެރުމަށް އަހުރެންނަށް ފެނެއެވެ. ފނޑިޔާރަ މުޙައްމަދު ފައިޞަލްގެ ރައުޔު؛
33އިސްފަނޑިޔާރު ޙުސައިން ޝަހީދުގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ. ބޯޓުގެ މާސްޓަރު 02 ފެބުރުވަރީ 2025 ގައި ފޮނުވި އީމެއިލްގެ ކޮޕީއެއް 'އެގްޒެބިޓް 14' ގެ ގޮތުގައި މައްސަލަ ހުށަހަޅާ ފަރާތުން ހުށަހަޅާފައިވެއެވެ. ފނޑިޔާރަ މުޙައްމަދު ޝަނީޒް ޢަބްދުﷲ ގެ ރައުޔު؛
34އިސް ފަނޑިޔާރު ޙުސައިން ޝަހީދުގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.
އިސްތިއުނާފުކުރުމުގެ އިޖުރާއަތު ބަޔާންކޮށްދިނުން
35މި ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި ޙުކުމްކުރުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ޤަޟިއްޔާ އިސްތިއުނާފުކުރުމުގެ ޙައްޤު މައްސަލައިގެ ޚަޞްމުންނަށް ލިބިގެންވެއެވެ. އާންމު އުޞޫލެއްގެ ގޮތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް މައްސަލަ އިސްތިއުނާފުކުރުމަށް ހުށަހެޅޭނީ ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމުން ނިންމާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައެވެ. މި މުއްދަތުގެ ތެރޭގައި ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓް ޙަވާލުކޮށްފައިނުވާނަމަ، އިސްތިއުނާފުކުރުމުގެ މުއްދަތު ގުނަން ފަށާނީ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ޙަވާލުކުރާ ތާރީޚުން ފެށިގެންނެވެ. އެހެނަސް، ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ ޚުލާޞާއަށް ބިނާކޮށްވެސް އިސްތިއުނާފަށް ހުށަހެޅިދާނެއެވެ. މިކަމުގައި ދެވޭ އިސްތިސްނާ މަދަނީ އިޖުރާއަތުގެ ޤާނޫނު (ޤާނޫނު ނަންބަރު 2021/32(ގެ 284 ވަނަ މާއްދާގެ (ރ) ގައި ބަޔާންކުރެއެވެ . މަދަނީ އިޖުރާއަތުގެ ޤާނޫނު (ޤާނޫނު ނަންބަރު 2021/32)ގެ 284 ވަނަ މާއްދާގެ (ހ) މަދަނީ އިޖުރާއަތުގެ ޤާނޫނު (ޤާނޫނު ނަންބަރު 2021/32)ގެ 284 ވަނަ މާއްދާގެ (ށ) މަދަނީ އިޖުރާއަތުގެ ޤާނޫނު (ޤާނޫނު ނަންބަރު 2021/32)ގެ 284 ވަނަ މާއްދާގެ (ނ) N ;;:;;r;u.<f---- I Ill\I\~", I a,_, ,,~" a...",al a, ,{ Q,) "~~\ Qi.\I\""I'~>!"I""\ II\\~II\\~ ' ' "0.,.II\~"\Q oi'"'l 1"' \f "\ ' ., \ i \ "\ '\ \ '..\ \'' \ I\ \ \ \_\ l \\... \ \ "I :"°\~'I. l ¼l "'~ \ ,,,"I\ a\",II II~.,'~ Qi ,,1. ~,II\ "'., Q\I\ ""I",'~ II~ 11 "I\M V'lg II\""I ""I ,, \\I\Rl"\ \\o.._ \ "'", Qi"\':\ ""I '':"\ l ' \\..- \, lJ '\\ ., 0 \\ '\\ "\ \j~ "\ ,,, '"' "ll~Q 'I\'\ Ql,,'I\\\ II l(, ~' ""I"\\Q,J II~ II "I\ M If:,Oo \\'°'"\II\ \I\I\ "~"\''°'\ \ 11-,i"\fII", \ \ \ ' \ '' \ '\\ \, a., \ l "\ "I\a\h ""'II\ l(, ",Q ,,l ''\ ''°' \ \ ""I11\><, 11-t."\ '\ "\"~", "\\\o.._,, I\~ ~I\"\ \\o.._\ ~"I\\~ Iii. l<, II\f\ ,, \ '\\ \ , , .\ '\ \ °'' i \ \ ., ,, \ '\' \ \ \ 0\",II a,_, ~i ~, ,,l ''\ ", \ "\l<"I ""Ia,""\ " • II\l(~"I\\l a ' I\ :I\ ""I&"}-.::j'" \ ,a., II~\II"I\ 1 ~ ' "\ <l \ \\ "I a.,~\\ l \ a., \ "\ i \ lJ \ \ \ \ '"I,, , a,'I\ \\\\' '''\ "\ a=--\i ,,1 :I\Q ,,, ai._'"'II\'\ \"IN O N-.::i- "\\&11\" ...-sc---- \\\\ ""I 11 "\f11..._", \\"I\ \ \ \ l °' '\ \ 'I. lJ \& \ 1"' '\ 1"' \ \ ' ""I:I\JQ \ ''\ "0.,. '"':I\"\ 0 \C>._ f\l).0 ~\ ,-,0 M ai._""I -, 11\ N ONV) \0.,."\" " ...-s0\ II_) ":\II ''\,,'"' \~ 11,"\l<"I '°' \ ' '.\, _)\ 1 ., \ \ \,• \, '' \~ ;-. \ \ ,," a\ _, ,a.,:j~"\\ .....a\, ~I\l(~ ~, 11 II~ 11 ", II\''\' "0.,.""I ~QII\\ "lla,"\"' '"'"ll"~I\ \\ \ "' \ 1 ,, .. }' "I "\ 1 \' ¼ l ..i~ '\ \ \ a., I\ ,, \ • ., \ ""I"ll '\ ""' :I\JII~,, ,,'.\, "' ,,r-11, \=>, "\ I\"\ \ '' II\,, 111...,\~\\!~~'\' \\"I\II\""\ :!\" ''I\\~ ,,,II'() \\~II :ia., ,, °'\ ,, ' L I\, ) .\ \ \ \ \ Q .) \ \ ' \ "0..."I\ 111...,l( Ill\ II~ f\'\\\ o ""I oi"\,,, ':\ ~l,\ ' '' "\ · "''\ .1'"~;~ "~ \~\I \\\a,. \ ,=-, ._ \ \ l I\\ '----=--'"-~-- - -- -• oa',.ax, \'1 ~I\ "I\ "\~, \ "\ \\ ", "\~, \:\II II\,l - '\"I\"\,,, ':\ ~ '\ ,~ \ "'' \~ l ..i\\ "\\ \ "''\ \ ' '-"'f\ !\ ,-, ., \' ;ir-- •l ;~ <:, S'; N°' •.\ ~:"'IJ.,'\,, ".~'-~ ' " ').,~'To:~ • \~ ;~ ., •t t •a, \ '1' <2 @):E 1§ :t :SC :SC ;>=> 5t >E ; , , "' ' fl 5f,: > .\ h
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ޤާނޫނު ނަންބަރު 10/2013 (އާބިޓްރޭޝަނުގެ ޤާނޫނު) ގެ 45 ވަނަ މާއްދާގެ (ހ)، (ށ)
- ހައިކޯޓުގެ 'ބައިނަލްއަޤުވާމީ އާބިޓްރޭޝަނާ ގުޅޭގޮތުން ޢަމަލުކުރާ އުޞޫލު' ގެ 2 ވަނަ މާއްދާގެ (ޅ)، (ރ) އަދި 3 ވަނަ މާއްދާގެ (ހ)
- Arbitration Act 1996 (England) section 38(4)
- ޝެލްޓައިމް 4 ޓައިމް ޗާޓަރގެ 46 ވަނަ މާއްދާ (އިނގިރޭސި ޤާނޫނާއި ލަންޑަން އާބިޓްރޭޝަން)
- ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާ
- ސުޕްރީމް ކޯޓުގެ ނަންބަރު 2012/SC-A/21 (ނެކްސްބިޒް ލިމިޓެޑް (އޮސްޓްރޭލިއާ) ވ. އެންޓި ކޮރަޕްޝަން ކޮމިޝަން)
- ހައިކޯޓުގެ ނަންބަރު 2025/HC-A/17
ޝަރީޢަތުގެ ވީޑިއޯ
ހައިކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.