ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
2025/HC-A/17

އޯޝަން އީއެކްސްއެލް މެނާ އެފްޒެޑްސީ ވ. 1. ޑީއެސްޖީ ޝިޕިންގ އިންކޯޕެރޭޓެޑް 2. ކެންޑުއަރ ޓޭންކާރޒް އެފްޒެޑްއީ 3. ބޯޓު އެމްޓީ ޑީއެސްޖީ 4. ރާއްޖެ ޝިޕިންގ ޕްރައިވެޓް ލިމިޓެޑް (ލޯކަލް އޭޖެންޓް)

ވަގުތީ އަމުރު ނެރުނު (ބޯޓު ރާއްޖެއިން ފުރުން، ބަދަލު ގެނައުން،…
ސުޕްރީމް ކޯޓުން ބައެއް ބަދަލުކޮށްފައިޙުކުމުގެ ހާލަތު
ހައިކޯޓު · 16 ޖަނަވަރީ 2025ދަށު ކޯޓު: - -ބާވަތް: އާބިޓްރޭޝަން

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
- -
ފަހުގެ ތާރީޚު
ސުޕްރީމް ކޯޓު: 2025/SC-A/18, 2025/SC-A/19 — ހައިކޯޓުގެ ޙުކުމުގެ ބައެއް ބާޠިލުކޮށް ނުވަތަ ބަދަލުކޮށްފައި

ކޯ ޓާމްސް

ޚުލާޞާ

ކޯޓަށް އައި ގޮތް
ސިވިލް ކޯޓުން ބޯޓު ފުރުން ހުއްޓުވުމަށް ވަގުތީ އަމުރެއް ނެރުނު ނަމަވެސް، ސެކިއުރިޓީއެއް ބެހެއްޓުމުން 14 ޖަނަވަރީ 2025 ގައި އެ އަމުރު ބާޠިލުކުރިއެވެ.
ވާޤިޢާ
މައްސަލަ ހުށަހެޅި ފަރާތުން ޗާޓަރ ކުރި ބޯޓެއްގައި ވިއްކާފައިވާ ތެލުގެ ކާގޯ މާލެ ގެނައިއިރު ތަގައްޔަރުކަމެއް ހުރިކަމަށް ބުނެ ގަނެ ފަރާތުން ހަވާލުވާން ދެކޮޅުހެދިއެވެ. ޗާޓަރ ޕާޓީގެ ހުސޫމާތު ލަންޑަން އާބިޓްރޭޝަނަށް ހުށަހަޅާ ނޯޓިސް ފޮނުވިއެވެ.
ކޯޓުން ނިންމަން ޖެހުނު ސުވާލު
ލަންޑަން އެޑްހޮކް އާބިޓްރޭޝަނަކަށް ހުށަހެޅިފައިވާ ޗާޓަރ ޕާޓީގެ ހުސޫމާތަކާ ގުޅިގެން، އާބިޓްރޭޝަން ގާނޫނުގެ 45 ވަނަ މާއްދާގެ ދަށުން ބޯޓު ރާއްޖެއިން ފުރުން މަނާކުރުމުގެ ވަގުތީ އަމުރެއް ހައިކޯޓުން ނެރެވޭތޯ، އަދި ވަގުތީ އަމުރުގެ ޝަރުޠުތައް ފުރިހަމަވޭތޯ.
ޚަޞްމުންގެ ހުށަހެޅުންތައް
މައްސަލަ ހުށަހެޅި ފަރާތުން ބުނީ ބޯޓުގެ ވެރިފަރާތުގެ އިހުމާލުން ކާގޯ ތަގައްޔަރުވި ކަމަށާއި، ކާގޯ ބަންކަރަށް ބޭނުންކުރަމުންދާ ކަމަށާއި، ބޯޓު ފުރައިފިނަމަ ކާގޯ ގެއްލިދާނެ ކަމަށެވެ. ރައްދުވާ ފަރާތްތަކުގެ ބަހުސެއް ހުށަހެޅިފައެއް ނުވެއެވެ.
ކޯޓުގެ ސަބަބުތައް
އާބިޓްރޭޝަން ފެށިފައިވާތީއާއި، އިނގިރޭސި ޤާނޫނުގެ ދަށުން ޓްރައިބިއުނަލަށް މި ފިޔަވަޅު އެޅުމުގެ ބާރު ލިބިގެންވާތީއާއި، ނެކްސްބިޒް ޝަރުޠުތައް ފުރިހަމަވާތީ، ބޯޓު ފުރުން މަނާކުރުމުގެ ދެވަނަ އެދުމަށް ވަގުތީ އަމުރު ނެރުނެވެ.

ނިންމުން

ވަގުތީ އަމުރު ނެރުނު (ބޯޓު ރާއްޖެއިން ފުރުން، ބަދަލު ގެނައުން،…

ވަގުތީ އަމުރު ނެރުނު (ބޯޓު ރާއްޖެއިން ފުރުން، ބަދަލު ގެނައުން، ތިންވަނަ ފަރާތުގެ ޙައްޤު އުފެދުން މަނާކޮށް)

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

އާބިޓްރޭޝަން › އާބިޓްރޭޝަން

HN1 އާބިޓްރޭޝަނުގެ ނޯޓިސް ފޮނުވާފައިވާކަން އެނގެން އޮތުމުން އާބިޓްރޭޝަނުގެ މަރުޙަލާތައް ފެށުނީ ކަމުގައި ބަލަންޖެހެއެވެ.

HN2 އާބިޓްރޭޝަން ގާނޫނުގެ 45 ވަނަ މާއްދާގެ ދަށުން ވަގުތީ ފިޔަވަޅަށް އެދޭ މައްސަލައެއްގައި ކޯޓުން ބަލަންޖެހެނީ: ވަގުތީ ފިޔަވަޅު އެޅުމުގެ ބާރު އެ އާބިޓްރަލް ޓްރައިބިއުނަލަށް ލިބިދޭތޯއާއި، އެދޭ ފިޔަވަޅަކީ ޓްރައިބިއުނަލަށްވެސް އެޅުމުގެ ބާރު ލިބިފައިވާ ފިޔަވަޅެއްތޯއާއި، ކޯޓުން ޢަމަލުކުރަން ކަނޑައަޅާފައިވާ އުޞޫލަކީ ކޮބައިތޯއެވެ؛ މި ބާރު ކޯޓަށް ލިބެނީ އާބިޓްރޭޝަން ރާއްޖެއިން ބޭރުގައި ހިނގަމުންދިޔަސްމެއެވެ.

HN3 އިނގިރޭސިވިލާތުގެ އާބިޓްރޭޝަން އެކްޓް 1996 ގެ 38(4) ގެ ދަށުން އާބިޓްރޭޝަނުގެ މައުޟޫޢުގައި ހިމެނޭ މުދަލެއް ހިފެހެއްޓުމުގެ އަމުރު ނެރުމުގެ ބާރު ޓްރައިބިއުނަލަށް ލިބިގެންވާތީ، އެފަދަ އެޑްހޮކް އާބިޓްރޭޝަނަކާ ގުޅިގެން އެ ބާވަތުގެ ވަގުތީ ފިޔަވަޅު ކޯޓަށް އެޅިދާނެއެވެ.

HN4 ބައިނަލްއަޤްވާމީ އާބިޓްރޭޝަނާ ގުޅޭ އުޞޫލުގެ 3 ވަނަ މާއްދާގެ (ހ) ގެ ދަށުން، ވަގުތީ ފިޔަވަޅުގެ އެދުމެއްގައި ކޯޓުން ރިޢާޔަތްކުރާނީ ވަގުތީ އަމުރުތަކުގައި ޢާންމުކޮށް ރިޢާޔަތްކުރާ ކަންކަމަށެވެ.

HN5 ނެކްސްބިޒް ލިމިޓެޑް ވ. އެންޓި ކޮރަޕްޝަން ކޮމިޝަން (2012/SC-A/21) ގެ މަތިން ވަގުތީ އަމުރެއް ނެރުމުގެ ޝަރުޠުތަކަކީ: އެދޭ ފަރާތަށް ޤާނޫނީ ސިފަތު ލިބިގެންވުން، ޤާނޫނީ ޙިމާޔަތް ލިބެންޖެހޭ މައުޟޫޢީ ޙައްޤެއް ނުވަތަ ޤާނޫނީ މަރުކަޒެއް އޮތުމުގެ އިޙްތިމާލު ފާޅުކަން ބޮޑުކޮށް ޤާއިމުވުން، އަދި އަމުރު ނުނެރެ ލަސްވެއްޖެނަމަ ތަދާރުކު ނުކުރެވޭ ގެއްލުމެއް ނުވަތަ ނުރައްކަލެއް ކުރިމަތިވުމެވެ.

HN6 ދެ ގޮތަކަށް ވަގުތީ އަމުރަށް އެދިފައިވާއިރު، ރައްދުވާ ފަރާތްތަކުގެ ބަސް ނުހޯދައި ނެރެވޭނީ އެންމެ ރައްކާތެރި އަމުރެވެ؛ ކާގޯ ހަވާލުކުރުން ނުވަތަ ސެކިއުރިޓީ ބެހެއްޓުމުގެ އަމުރަކީ އެފަދަ އަމުރެއް ނޫނެވެ.

ވަކީލުންނާއި ފަނޑިޔާރުން

ވަކީލުން
—
ބެންޗު
ޢަބްދުލްމާނިޢު ޙުސައިން، ޙުސައިން ޝަހީދު، ޙުޒައިފާ މުޙައްމަދު
ރިޔާސަތު
—
ރައުޔު ލިޔުނު ފަނޑިޔާރު
ޢަބްދުލްމާނިޢު ޙުސައިން · ތާއީދުކުރެއްވީ: ޙުސައިން ޝަހީދު، ޙުޒައިފާ މުޙައްމަދު
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.

ފަނޑިޔާރު ޢަބްދުލްމާނިޢު ޙުސައިންގެ ރައުޔު)ފަނޑިޔާރު ޙުސައިން ޝަހީދާއަދި ފަނޑިޔާރު ޙުޒައިފާ މުޙައްމަދު

ތާއީދުކުރައްވާފައި( ތ އާރފ

1މިއީ،ލަންޑަން އާބިޓްރޭޝް ނަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން ވަގުތީ ފިޔަވަޅެއް އަޅައިދިނުމަށް އެދި، ޔުނައިޓެޑް އެރަބް އެމިރް ޓްސ ގައް ރަޖިސްޓްރީކޮށްފައިވާ،އޯޝަން އީއެކްސްއެލް މެނާ އެފްޒެޑްސީ FZC MENA EXL OCEAN )ރަޖިސްޓްރީ ނަންބަރު 21987( )މީގެ ފަހުން "މައްސަލަ ހުށަހެޅަ ފަރާތް" ނުވަތި "އޯޝަން އީއެކްސްއެލް"( އިން މ ކޯޓަށް ހުށަހެޅުމުން ހިންގި ގަޒިއްޔާގެ ސަރިޔަތ ނިމުން ގޮތެވެ.

2މައްސަލަ ރައްދު ވަނަ؛ ޔުނައިޓެޑް އެރަބް އެމިރެޓްސ ގައް ރަޖިސްޓްރީކޮށްފައިވާ، ޑީއެސްޖީ ޝިޕިންގ އިންކޯޕަރޭޓެޑް INC SHIPPING DSG )އައި.އެމް.އޯ ނަންބަރު 6376035( އަދިކެންޑުއަރ ޓޭންކަރޒް އެފްޒެޑްއީ FZE TANKERS CANDOUR )ލައިސަންސް ނަންބަރު […]( އާއި، ބޯޓް އެމްޓީ ޑީއެސްޖީ DSG MT )އައި.އެމް.އޯ ނަންބަރު 9555216( އާއި،ރާއްޖެ ޝިޕިންގ ޕްރައިވެޓް ލިމިޓެޑް )ރަޖިސްޓްރީ ނަންބަރު (، )މީގެ ފަހުން "މައްސަލަރައްދުވާ ފަރާތް ތައު(" މި ފަރާތްތަކަށެވެ.

ކަން ހިނގގޮތި

3އޯޝަން އީއެކްސްއެލް އިން، 3500 މެޓްރިކް ޓަނުގެ ފިއުލް އޮއިލް އަދި 857 މީޓްރިކް ޓަނުގެ މެރިން ގޭސ އޮއިލް )މީގެ ފަހުން "ކާގޯ"( އަލްފާ އެނާޖ އެފްޒެޑްސީ އެވެ ކިޔާ ކުންފުންޏަކަށް ވިއްކުމަށްޓަކައި 25 ސެޕްޓެމްބަރ 2024 ގައި އެއްބަސްވުމެއް ވެފައިވެއެވެ. މީގެ ތެރެއިން މެރިން ގޭސް އޮއިލް ފީ ރުކޮށްދިނުމަށ ކަނޑައެޅުން މާލޭ ޕޯޓަށެވެ.

4އަލްފާ އެނޖާ އެފްޒެޑްސީ އަށް ކާގޯ ސަޕްލައި ކޮށްދިނުމަށްޓަކައި އޯޝަން އީއެކްސްއެލް އިން އެމްޓީ ޑީއެސީ ޖ ނަމަކަށް ކިޔާ ބޯޓެއް )މީގެ ފަހުން "ބޯޓް"( ޗާޓަރ ކުރިއެވެ. ބޯޓު ޗާޓަރުކުރުމަށްޓަކައި ބޯޓުގެ ވެރި ފަރާތްކަމުގައިވާ ޑީއެސްޖީ ޝިޕިނ އިންކޯޕަރޭޓެޑް އާއެކު އޯޝަން އީއެކްސްއެލް އިނ 13 އޮގްސްޓް 2024 ގައި ޓައިމް ޗާޓަރ ޕާޓިއެއީ ގައާ)މީގެ ފަހުން "ޗާޓަރ ޕާޓީ"( ސޮއިކޮށާ ފައިވެއެވެ. މި ޗާޓަރ ޕާޓީ ބަޔްންކުރ ގޮތުން، ބޯޓުގެ ވެރި ފަރާތަކީ ޑީއެސްޖީ ޝިޕިނގީ އިންކޯޕަރޭޓެޑްއެވެ. އަދި ބޯޓުގެ ކޮމާޝަލް އޮޕްރޭޓަރަކ ކެންޑުއަރ ޓޭންކާޒް އެފްޒެޑްއީއެވެ. މި ޗާޓަރ ޕާޓީގައ ބަޔާންކޮށްފައި ވަނީ، ޗާޓަރ ޕާޓީގައި ބަޔާންވެގެންވާ މައިގަނޑު މާއްދާތައް ފިޔަވައި އެހެން ކަންކަމަށް ހިނގާނީ "ޝެލްޓައިމ 4" ގައި ބަޔާންވެގެންވާ ގޮތަށް ކަމަށެވެ.

5ކާގޯ ބަރުކޮށގެނ ބޯޓް މާލު ބަނދަރަށް ފޯރް 13 އޮކްޓޫބަރު 2024 ގައް ކަމަށި މައްސަލް ހުށަހެޅަ ފަރާތުން ބުނެއެވެ. އަދި މާލެއިން، މެރިން ގޭސް އޮއިލްއާ ހަވާލުވުމަށް ހަމަޖެހިފައި އޮތީ، އަލްފާ އެނާޖީއެފްޒެޑްސީއިނ މެރިން ގޭސ އޮއިލް ވިއްކި ކުންފުނި ކަމަށްވާ ފިއުލް އެކްސްޕްރސ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އިން ކަމަށާއި، މެރިން ގޭސ އޮއިލް ޑިސްޗާޖުކުރުމުގެ ތެރެއިން އޭގައި ތަގައްޔަރުކަމެއ ހުރް ކަމަށި ފާހަގަވާކަމުގ ރަޖިސްޓްރީ ނަންބަރު 0170/2011-C ޝަކުވާއަކާއެކު މެރިން ގޭސް އޮއިލްއާ ހަވާލުވުމަށ ފިއުލް އެކްސްޕްރެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ދެކޮޅުހެދ ކަމަށް، އެކަން ހިނގި ގޮތުގެ ތަފުސީލާއެކ މައްސަލު ހުށަހެޅަ ފަރާތުން ފާހަގަކޮށްފައިވެއެވެ.

6ފިއުލް އެކްސްޕްރެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑނު މެރިން ގޭސް އޮއިލއާ ހަވާލުވުމަށް ދެކޮޅުހަދައި، އަލްފާ އނަ ޖީ އެފްޒެޑްސީއާ ށ ދެއްކި ފައިސާ އަނބުރާ ދެއްކުމަށް އެ ކުންފުންޏަށް އެންގި ކަމަށް މައްސަލަ ހުށަހެޅު ފަރާތުން ބުނެއެވެ. އަދި މި އުފެދުނު ހުސޫމާތުގެ ތެރެއިން، ބޯޓު ފުރައިގެންދިއުނ ހުއްޓުވުމަށް ކޯޓަށް ހުށަހެޅުމުން، ސިވިލް ކޯޓުގެ ނަންބަރ 3440-CVC-2024 ގަޒިއްޔާއިން 21 އޮކްޓބަރޫ 2024 ގައި ވަގުތީ އަމުރެއް ނެރެ ބޯޓު ފުރައިގެން ދިއުން ހުއްޓުވިއެވެ. އޭގެ ފަހުން، ޑީއެސްޖީ ޝިޕިން އިންކޯޕަރޭޓެޑުނ USD 1,043567.00 ސިވިލް ކޯޓުގައި ސެކިއުރިޓީއެއްގެ ގޮތުގައި ބެހެއްޓުމުން، ބޯޓު ފުރައިގެންދިއުނ ހުއްޓުވުމަށް ކުރިން ނެރެފައިވާ އަމުރް ބާތިލކުރާކަމަށު 14 ޖަނަވަރީ 2025 ގައި އެ ކޯޓުން ކަނޑައަޅާފައިވެއެވެ.

7ޑީއެސްޖީ ޝިޕިނ އިންކޯޕަރޭޓެޑް އަދި ކެންޑުއަރ ޓޭންކަރޒް އެފްޒެޑްއީ )މީގެ ފަހުން "ބޯޓުގެ ވެރިފަރާތް"( އާއި މައްސަލަ ހުށަހެޅި އޯޝަން އީއެކްސްއެލްއ ދެމެދާ ހުރު ހުސޫމާތުތަކަކީ، ބޯޓުގެ މެނިފޯލްޑްޕައިޕުގައި ހުރި ތަގައްޔަރުކަމުގ މައްސަލެ އާއި، ބޯޓު އޯފ- ހަޔަރ ސްޓޭޓަސްގައ އޮއްވައި ކުއްޔަށް ޑިމާންޑްކުރުމުގެ މައްސަލި އާއި، އޯޝަން އީއެކްސްއެލްގެ ހުއްދަ ނެތްބޯޓުގައި ހުރެއޯޝަން އީއެކްސްއެލގް ކާގޯ، ބޯޓުގެ ބަންކަރުގެ ބޭނުމަށް ނަގަމުންދާ މައްސަލަކަމަށ މައްސަލަ ހުށަހެޅި ފަރާތުން ފާހަގަކުރެއެވެ.

8ޗާޓަރ ޕާޓީގައި ހަވަލާދޭ ޝެލްޓައިމް 4 ޓައިމް ޗާޓަރ ޕާޓީގެ 46 ވަނަ މާއްދާ ނިޔާކުރާ ގޮތުން އެ އެއްބަސްވުމަށް ތަތުބީގުކުރެވޭނީ އިނގިރޭސިވިލާތުގެ ގާނޫނު ކަމަށާއި، އަދި އެއްބަސްވުމުގެ ދަށުން އުފެދޭ މި ފަދައިން ކަނޑައެޅީ ސިވިލް ކޯޓުގެ ނަންބަރު B17/CA/2025/16-144 ކޯޓު އަމުރުންނެވެ. ހުސޫމާތުތައް ހައްލުކުރަން ޖެހޭނީ ލަންޑަން އާބިޓްރޭޝަނަށް ހުށަހަޅައިގެން ކަމަށް ވާތީ، އޯޝަން އީއެކްސްއެލް އާއި ބޯޓުގެ ވެރް ފަރާތާ ދެމެދު އޮތް މައްސަލަ ލަންޑަނު އާބިޓްރޭޝަނަށް މިހާރް ހުށަހެޅިފައިވާ ކަމަށް ފާހަގަކޮށް، އިނގިރޭސިވިލާތުގައި އޯޝަން އީއެކްސްއެލް ތަމްސީލުކުރާ "ނޯޓިކާ ލޯ"އިން، 17 ޑިސެމްބަރ 2024 ގައި ބޯޓުގެ ވެރިފަރާތަށް ފޮނުވާފައިވާ "ނޯޓިސް އޮފް އާބިޓްރޭޝަން"ގެ ނަކަލު ކޓަށޯ ހުށަހަޅާފައިވެއެވެ.

އެދޭ ވަގުތީ ފިޔަވަޅު

9މައްސަލަ ހުށަހަޅާ ފަރާތުން އެދެނީ ތިރީގައި މި ބަޔާންކުރާ ދެގޮތުންކުރެ ގޮތަކަށް ވަގުތީ އަމުރެއް ނެރެދިނުމަށެވެ. "އޯޝަން އީއެކު ސ އެލް މެނާ އެފްޒެޑްސީ އާއި އަލްފާ އެނަރޖީ އެފްޒެޑްސީއ ދެމެދާ 27 ސެޕްޓެމްބަރ 2024 ގައި ސޮއިކުރި ސޭލް އެންޑް ޕަރޗޭސް އެގްރެމެންޓްގެ ދަށުން އޯޝަން އީއެކްސްއެލް މެނާ އެފްޒެޑްސީ އާއި އަލްފާ އެނަރޖީ އެފްޒެޑްސީއަށް ވިއްކާ 3،500 މެޓްރިކް ޓަނުގެ ފިއުލް އޮއިލް އާއި، 857 މެޓްރިކް ޓަނުގެ މެރިން ގޭސ އޮއިލް އުފުލުމަށް އޯޝަން އީއެކްސްއެލް އާއް ޑީއެސު ޖީ ޝިޕިންގ އިންކޯޕަރޭޓެޑްއ ދެމެދާ 13 އޮގަސްޓް 2024 ގައި ސޮއިކޮށްފައިވާ ޗާޓަރޕާޓީގެ ދަށުން އެމްޓީ ޑީއެސްޖީ / MT DSG ނަމަކަށް ކިޔާ ބޯޓު )އައި.އެމް.އޯ ނަންބަރު: 9555216( އަށް ލޯޑުކުރި ކާގޯ ނުވަތަ އެ ކާގޯއިން މިވަގުތު ބާކީ ހުރި މިންވަރެއް އޯޝަން އީއެކްސްއެލް މެނާ އެފްޒެޑްސީއަށް ހަވާލުކުރުމަށާއި، ކާގޯ އެކީއެކުގައި ހަވާލު ނުކުރެވޭނަމަ، ބޯޓުގައި ބާކީ ހުރި ކާގޯ ހަވާލުކުރުމާއެކު، ހަވާލު ނުކުރެވި ހުރި ކާގޯގެ އަގަށްވާ ފައިސާ، 17 ޑިސެމްބަރ 2024 ގައި އޯޝަން އީއެކްސްއެލް މެނާއެފްޒެޑްސީ އިން ލަންޑަން އާބިޓްރޭޝަނަށް ހުށހަޅާފައިވިމައްސަލައިގައ ވަކި ގޮތެއް ކަނޑައަޅަންދެން ދިވެހިރާއްޖޭގެ ހައިކޯޓުގައި ސެކިއުރިޓީއެއްގެ ގޮތުގައި ބެހެއްޓުމަށް ބޯޓުގެ ވެރިފަރާތަށް ޑީއެސްޖީ ޝިޕިންގ އިންކޯޕަރޭޓް ޑަށާއި، އޮޕަރޭޓަރ ކެންޑުއަރ ޓޭންކަރޒްއަށ އަންގައި އަމުރު ކުރަމެވެ." )ނުވަތަ( "އޯޝަން އީއެކްސްއެލް އާއި ޑީއެސްޖީ ޝިޕިންގ އިންކޯޕަރޭޓެޑްއާ ދެމެދު 13 އޮގަސްޓް 2024 ގައި ސޮއިކޮށްފައިވާ ޗާޓަރޕާޓީގެ ދަށުން އުފެދިފައިވާ ހުސޫމާތު ހައްލު ކުރުމަށްޓަކައި އޯޝަން އީއެކްސްއެލް އެފްޒެޑްސީގެ ފަރާތުނ 17 ޑިސެމްބަރ 2024 ގައާ ލަންޑަން އާބިޓްރޭޝަނަށް ހުށަހަޅާފައިވް މައްސަލައިގައި ވަކި ގޮތެއް ކަނޑައަޅަންދެން، ނުވަތަ މިކޯޓުން އެނޫން ގޮތަކަށް އަމުރުކުރަންދެނ އެމްޓީ ޑީއެސްޖީ / MT DSG ނަމަކަށް ކިޔާ ބޯޓު )އައި.އެމް.އޯ ނަންބަރު: 9555216( ދިވެހިރާއްޖެއިން ފުރައިގެން ނުދިއުމަށާއި، ބޯޓަށް އެއްވެސް ބަދަލެއް ނުގެނައުމަށާއި، އަދި ބޯޓްގުޅިގެން ތިންވަނަ ފަރާތެއްގެ ހައްގެއް އުފަންވެދާނެފަދަ އެއްވެސް ކަމެއް ނުކުރުމަށް ބޯޓުގެ ވެރި ފަރާތް ޑީއެސްޖީ ޝިޕިންގ އިންކޯޕަރޭޓެޑަށާއި، އޮޕަރޭޓަރ ކެންޑުއަރ ޓޭނކަރޒްއަށިއަދި ލޯކަލް އެޖެންޓް ރާއްޖެ ޝިޕިންގ ޕްރައިވެޓް ލިމިޓެޑަށް އަންގައި އަމުރު ކުރަމެވެ."

10މި ދެގޮތުން ކުރެ ގޮތެއްގެ މައްޗަށް ވަގުތީ އަމުރު ނެރެދިނުމަށް މައްސަލަ ހުށަހެޅި ފަރާތުން އެދެނީ، އާބިޓްރޭޝަނގ ގާނޫނުގެ 45 ވަނަ މާއްދާގަ )ހ( އާއި، ހައިކޯޓުގެ "ބައިނަލްއާ ޤް ވާމީ އާބިޓްރޭޝަން ގުޅޭގޮތުނުޢ މަލުކުރާ އެ ޞޫލު"ގ 2 ވަނަ މާއްދާގެ )ރ( ގެ ދަށުންނެވެ.

ވަގުތީ ފިޔަވަޅު އެޅުމަށް އެދޭ ސަބަބު

11ބަޔާންވެދިޔަ ދެ ގޮތުންކުރ ގޮތެއްގެ މައްޗަށް ވަގުތީ އަމުރު ނެރެދިނުމަށް މައްސަލަ ހުށަހެޅި ފަރާތުންއެދޭ ސަބަބުތއ ގޮތުގައް ފާހަގަކޮށްފައިވާ ކަންކަމުގެ ހުލާސާ ތިރީގައި މި ފާހަގަކުރަނީއެވެ.

11.1. ޗާޓަރ ޕާޓީ ލާޒިމްކުރާ ގޮތުން ބޯޓަކީ ޕެޓްރޯ ލިއަމްގެ ބާވަތްތައް އުފުލުމަށް އެކަށޭނަ އުޅަނދަކަށ ވާންޖެހޭއިރު، މެރިން ގޭސް އޮއިލްގައ ހުރި ތަގައްޔަރުކަމަކީ ބޯޓުގެ މެނިފޯލްޑް ޕައިޕްގެ ސަބަބުން ކުރިމަތިވި ކަމަކަށް ވާތީ އެއެ ބޯޓު ވެރިފަރާތުން އަދާކުރަން ޖެހޭ އިލްތިޒާމާ ހިލާފުވުން ކަމަށާއި، އެކަމުގެ ޒިންމާ ބޯޓުގެ ވެރިފަރާތުން ނަގަންޖެހޭނެ ކަމަށެވެ.

ގާނޫނު ނަންބަރު 2013/10

11.2. ސިވިލް ކޯޓުން ވަގުތީ އަމުރެއް ނެރެ ބޯޓު ރާއްޖެއިން ފުރުން މަނު ވުމުގެ ހާލަތު މެދުވެރިވީ ބޯޓުގާ ވެރިފަރާތުގެ މި އިހުމާލުގެ ސަބަބުން ކަމަށެވެ. މި ކަމުގެ ސަބަބުން، އެހެންއެއްބަސްވުންތަކުގެ ދަށުން އޯޝަން އީއެކްސްއެލެ އާ މަތިކޮށްފައިވާ ޒިންމާތައް އަދާކުރުމަށް ހުރަސްއެޅި، އެކަމުގެ މާލީ ގެއްލުންވެސް ބޮލުއަޅަން ޖެހިފައިވާ ކަމަށެވެ.

11.3. ބޯޓު ރާއްޖެއިން ފުރައިގެން ދިއުން މަނާކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް ބޯޓުގެ ވެރިފަރާތުން އެކަށީގެންވާ މަސައްކަތް ކޮށްފައި ނުވާ ކަމަށެވެ. އޭގެ ބަދަލުގައި މަސައްކަތް ކުރަމުން ދިޔައީ އޯފް-ހަޔަރ ހާލަތުގައި އޮއްވާވެސ ބޯޓަށް ކުލި ހޯދުމަށޯކަމަށވެ. އަދި ބޯޓުގައި ހުރި ކާގެ، ބެންކަރުގެ ގޮތުގައި މިހާރު ވެސް ބޭނުންކުރަމުންދާ ކަމަށެވެ. މިއީ ލިބެމުންދާ މާލީ ބޮޑު ގެއްލުމެއް ކަމަށެވެ.

11.4. ބޯޓުގެ ވެރިފަރާތުގެ އަމަލުތައް ހުރި ގޮތުން އޯޝަން އީއެކްސްއެލްއަށްގަބޫލުކުރެވެނީ ބޯޓުން މަސައްކަތާ ކުރަން އޯޝަން އީއެކްސްއެލއް ކާގޯ ހަވާލުނުކޮށް، ބޯޓުގެ ވެރި ފަރާތަށް ފެންނަ ބަޔަކަށް އެ ކާގޯ ވިއްކާލުމަށް ކަމަށެވެ. މިކަމަށް ދައްކާ ހުއްޖަތަކީ،ބޯޓު ރާއްޖެއިން ފުރުން މަނާކޮށްފައި އޮތް ދުވަސްތަކަށް ދައްކަން ޖެހޭ ކުލި އޯޝަން އީއެކްސްއެލް އިން ނުދައްކްއޮތު ނުކަމަށެވެ. ނަމަވެސް ޗާޓަރ ޕާޓީ ބުނާ ގޮތުން، ގާނޫނީ ހައިސިއްޔަތް ލިބިގެންވާ ފަރާތަކުން ކުރާ އަމުރަކަށް ބޯޓު ފުރައިގެން ދިއުން މަނާކޮށްފައި އޮންނަ މުއްދަތަށް ކުއްޔެއް ނުހިނގާނެ ކަމަށެވެ.

11.5. އެހެންކަމުން ބޯޓު ރާއްޖެއިން ފުރުވާލައިފިނަމަ އޯޝަން އީއެކްސްއެލްގެ ކާގޯ ގެއްލިގެން ދިއުމުގެ އިހްތިމާލު ވަރަށް ބޮޑް ކަމަށެވެ. ބޯޓުގައި ހުރި ކާގޯ އޯޝަން އީއެކްސްއެލްއީ ހަވާލުނުކޮށް ބޯޓު ފުރައިގެން ދިޔަ ނުދީ ހިފެހެއްޓުމަކީ މުހިއްމު ކަމެއް ކަމަށެވެ.

11.6. އޯޝަން އީއެކްސްއެލް އާއި އަލްފާ އެނާޖީ އިންކޯޕަރޭޓެޑްއާ ދެމެދު ވެފައިވާ އެއްބަސްވުމުގައި ކާގޯގެ އަގު ކަމުގައި ކަނޑައަޅާފައި ވަނަ 2,247,135 USD ކަމަށާއި، މި އަގުހުރި ކާގޯ ބޯޓުގައި ތާށިވެފައި ހުންނަ ކޮންމެ ދުވަހަކީ އާކާގޯ ވިއްކައިގެން ނުވަތަ އެއިން ވިޔަފާރިކޮށްގެން އޯޝަން އީއެކްސްއެލް އަށް ނަފީ ހޯދުމަށް އޮތް ފުރުސަތަށ ހުރަސް އެޅޭ ދުވަހެއް ކަމަށާއި، އެ ކާގޯ ވިއްކައިގެން ލިބޭ ފައިސާ އިންވެސްޓްކޮށްގެން އިތުރު ވިޔަފާރިތައް ކުރުމަށް އޯޝަން އީއެކްސްއެލް އށަ އޮތް ފުރުސަތު ބަންދުވުމަކ ހިސާބު ނަންބަރުތަކުން އަގުކުރެވޭ ވަރަށްވުރެ ބޮޑު ގެއްލުމެއް ކަމަށެވެ.

ސަރިޔަތް ހިނގާދިޔަ ގޮތް

12މި މައްސަލަ، މައްސަލަ ބަލާ ސެކްޝަނަށް ލިބިފައި ވަނީ 15ޖ ނަވރ 2025 ގެ މެންދުރުއެވެ. މައްސަލަ ލިބުމާއެކު މައްސަލައިގެ ލިޔެކިއުން މައްސަލަ ރައްދުވާ ފަރާތްތަކާ ހިއްސާކުރެވުނެވެ.

13މި މައްސަލަ ހުށަހެޅުނުއިރު ސިވިލް ކޯޓުގެ އަމުރަކުން ބޯޓު ފުރުނު މަނާކޮށްފައި އޮތް ނަމަވެސް،ބޯޓު ފުރުން މަނާކުރުމަށް ނެރެފައިވާ އަމުރު ސިވިލް ކޯޓުގެ އަމުރަކުން 14 ޖަނަވަރީ 2025 ގައި ބާތިލުކޮށްފައިވެ ކަން، މައްސަލަ ރައްދުވާ، ރާއްޖެ ޝިޕިންގ ޕްރައިވެޓް ލިމިޓެޑުން މި ކޯޓުގެ ސަމާލުކަމަށާ ގެނ ސްފައިވެއެވެ.

14ހުށަހަޅާފައި ވ މައްސަލައަކީ ބޯޓު ފުރައިގެން ދިއުން ހުއްޓުވުން ހިމެނޭ ގޮތުން ވަގުތީ އަމުރެއް ނެރެދިނުމަށް އެދި ހުށަހަޅާފައިވި މައްސަލައަކަށް ވެފައި، ބޯޓެފުރައަފާނާ ކަމުގެ އިހުތިމާލު ފާޅުކަން ބޮޑު ގޮތެއްގައި ފއުޅުވ ސިވިލް ކޯޓުގެ ނަންބަރު B17/CA/2025/16-144 ކޯޓު އަމުރު ހާލަތެއް ފެންނާން އޮތުމުން، މައްސަލައިގެ އަޑުއެހުމެއް 15 ޖަނަވަރީ 2025 ވަނަ ދުވަހުގެ ރ 8:00 އަށް ތާވަލުކޮށް އެ ރޭ އަޑުއެހުން ކުރިއަށް ގެންދެވުނެވެ.

15މި އަޑުއެހުމަށް ހާޒިރުވުމަށް މައްސަލަ ރައްދުވާ ފަރާތްތަކަށިކޯޓ އަމުރު ފޮނުވުނު ކަމުގައި ވިޔަސް، އަޑުއެހުމަށް ހާޒިރުވީ ހަމައެކަނި، ރާއްޖެ ޝިޕިންގ ޕްރައިވެޓް ލިމެ ޓެޑުނި ނ ވެ. ކޯޓުގައި ކުންފުނި ތަމްސީލްކުރުމުގ ލިޔެކިއުންފުރިހަމަކޮށްފައ ނުވި ނަމަވެސް، ހާޒިރުވި ފަރާތަކީ އެ ކުންފުނީގެ މެނޭޖިންގ ޑައިރެކްޓަރކަމަށް ވާތީ ހާލަތަށް ރިއާޔަތްކޮށ މައްސަލް އިގައަ ކަންހިނގާފައިވާ ގޮތް އޭނާގެ ފުށުން ސ ފުކުރެވުނެވެ.

16އަދިކް ންޑަ އަރާ ޓޭންކާރސި އެފްޒެޑްއީ އިން ކޯޓާށް ފޮނުވާފައވ ސިޓީއެއް އަޑުއެހުން ނިމުނުފަހުން ލިބިފައިވެއެވެ.އެ ސިޓީގައް އެދިފައި އޮތީ އެ ފަރާތް ތަމްސީލުކުރާނެ ފަރާތެއް އައްޔަނުކުރުމަށް 10 ދުވަހުގެ ފުރުސަތެއް ދިނުމަށެވެ.

17މައްސަލާގައި މެދުވެރިވެފައިވާ ހާލަތަށާއި، މައްސަލަ ހުށަހެޅި ފަރާތުން އެދޭ ގޮތަށާއި، މައްސަލާގައި ގޮތެއް ނުނިންމައިފސްކޮށްފި ނަމަ މައްސަލަ ހުށަހެޅި މަގުސަދު ގެއްލީމުއާލާތް ކެނޑިދާނެ ތ އާއި، މި ބާވަތުގެ މައްސަލައެއްގައި ނިންމާ ނިޔާއަކީ ދާއިމީ ނިޔާއަކަށ ނުވާން ކަމުން، ފަނޑިޔާރުންނަށް ގަބޫލުކުރެވުނީ އެންމެ އަދުލުވެރި އަދި ރައްކައުތެރި ގޮތަކީ މައްސަލާގައި އިތުރު އަޑުއެހުން ތަކެއް ބޭއްވުމަކާ ނުލައި، އަދި އިތުރު ލަސްކުރުމަކާ ނުލައި އަވަހަށް ގޮތެއް ނިންމުމަށެވެ.

ސަރިޔަތަށް ފާހަގަކުރެވުނު ކަންތައްތައް

18HN1އިޝަނ އީއެކްސްއެލް އިންފާހަގަކޮށްފައވ ފަދައިން، އިނގިރޭސިވިލާތުގައި އޯޝަން އީއެކްސްއެލް ތަމްސީލުކުރާ "ނޯޓިކާ ލޯ"އިން، 17 ޑިސެމްބަރ 2024 ގައި ބޯޓުގެ ވެރިފަރާތަށް "ނޯޓިސް އޮފް އާބިޓްރޭޝަން" ފޮނުވާފައި ވާކަން އެނގެން އޮތުމުން، އާބިޓްރޭޝަންގެ މަރުހަލާތައް މިހާރު ފެށުނީކަމުގައ ބަލަން ޖެހެއެވެ. އާބިޓްރޭޝަންގއަ މައްސަލަ ހިނގަން ފެށީކަމަށ ބަލަން ޖެހެއެވެ.

19HN2އާބިޓްރޭޝަނުގެ ގާނޫނު ގެ 45 ވަނަ މާއްދާގައި ބަޔާންކޮށްފައި ވަނީ އަންނަނިވި ފަދައިންނެވެ. ކޯޓުން އަމިއްލަ 45. )ހ( އާބިޓްރޭޝަނުގައި ހިނގަމުންދާ މައްސަލައަކާ ގުޅޭގޮތުން، އިސްނެގުމުގައި ވަގުތީ ވަގުތީ ފިޔަވަޅު އެޅުމުގެ އަމުރު ނެރުމުގެ ބާރު އެ އަމުރެއް ނެރުނު މައްސަލަ ބަލަމުންދާ އާބިޓްރަލް ޓްރައިބިއުނަލަށް ލިބިދޭ ޙާލަތުތަކުގައި، އެ ބާރު އެ ޓްރައިބިއުނަލަށް ލިބިދެވޭ ނިސްބަތަށް، އާބިޓްރޭޝަނުގައި ހިނގަމުންދާ އެ މައްސަލައާ ގުޅޭގޮތުން، ކޯޓުގެ އަމިއްލަ އިސްނެގުމުގައި، އެފަދަ އަމުރު ނެރުމުގެ ބާރު ކޯޓަށްވެސް ހަމަ އ ނިސްބަތަށް ލިބިގެންވެއެވެ. އެއީ، އެ އާބިޓްރޭޝަން ހިނގަމުންދަނީ ދިވެހިރާއްޖޭން ބޭރުގައި ކަމުގައިވީނަމަވެހެވެ. )ށ( އާބިޓްރޭޝަނުގައި ހިނގަމުންދާ މައްސަލައަކާ ގުޅޭގޮތުން، ވަގުތީ ފިޔަވަޅު އެޅުމުގެ އަމުރު ނެރުމުގެ ބާރު ކޯޓުން ބޭނުންކުރާނީ، ބައިނަލްއަޤްވާމީ އާބިޓްރޭޝަނާ ގުޅޭގޮތުން އެ ކޯޓުން ޢަމަލުކުރުމަށް ކަނޑަޅާފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ. މި މާއްދާއަށް ބަލާއިރު، އާބިޓްރޭޝަންގައި ހިނގަމުންދާ މައްސަލައަކާ ގުޅިގެނިވަގުތީ ފިޔަވަޅުއެޅުމަށް މ ކޯޓަށް ހުށަހެޅޭ މައްސަލަތަކުގައި ގޮތެއް ނިންމުމުގައި؛ ގާނޫނު ނަންބަރު 3201/10 - ވަގުތީ ފިޔަވަޅު އެޅުމުގެ އަމުރު ނެރުމުގެ ބާރު އެ މައްސަލަ ބަލަމުންދާ އާބިޓްރަލް ޓްރައިބިއުނަލަށް ލިބިދތޭ އާއި، - އަޅައިދިނުމަށް އެދޭ ފިޔަވަޅަކީ، މައްސަލު ބަލަމުންދާ އާބިޓްރަލް ޓްރައިބިއުނަލި ށ ވެސް އެޅުމުގެ ބާރު ލިބޯއޮތް ފވަޅެއްތ އާއި، - އަޅައިދިނުމަށް އެދޭ ވަގުތީ ފިޔަވަޅު އެޅުމާ ގުޅޭގޮތުން ކޯޓުން އަމަލުކުރުމަށް ކަނޑައަޅާފައިވާ އުސޫލަކީ ކޮބައިތޯ، މި ކަނޭކަމަށި ރިއާތްކުރަން ޖެހކަމުގައ ފެނެއެވެ.

20HN3އޯޝަން އީއެކްސްއެލް އިން ފަށައިގެންފައިވ އާބިޓްރޭޝަނަކާ އިނގިރޭސިވިލާތުގެ އާބިޓްރޭޝަން އެކްޓް 1996 އާ ހަވާލާދީ ހުށަހަޅާފައިވާ އެޑްހޮކް އާބިޓްރޭޝަނަކަށްވާއިރު، އެ ގާނޫނުގެ 38 )4 ( އަށް ރިއާޔަތްކުރާއިރު، އާބިޓްރޭޝަނަށުހުށަހެޅިފައިވާ މައްސަލައެއްގެ މައުލޫގައ ހިމެނި މުދަލެއް ހިފެހެއްޓުމަށް އަމުރްނެރުމަކީ ޓްރައުބިއުނަލަށް ލިބިގެންވާ ބާރެއްކަން ސާފުކޮށް އެނގެން އޮތުމުން، އޯޝަން އީއެކްސްއެލްއިނިފަށައިގެންފައިވާ އާބިޓްރޭޝަނގައްވަގުތީ ފިޔަވަޅު އެޅުމުގެ ބާރު އޮންނާނީ ކަމާއި، އަދި މި މައްސަލާގައި އޯޝަން އީއެކްސްއެލްއިން އާދެ ފައިވ ވަގުތީ ފިޔަވަޅު އެޅުމުގެ ބާރު ވެސް އާބިޓްރޭޝަނަށް ލިބިގެންވާކނ ސާފު ވެއެވެ.

21HN4އާބިޓްރޭޝަންގައި ހިނގަމުންދާ މައްސަލައަކާ ގުޅިގެން ވަގުތީ ފިޔަވަޅު އެޅުމް ގައާކޯޓުނ އަމަލުކުރުމަށް ކަނޑައަޅާފައިވާ އުސޫލު ބަޔާންކުރަނީ، މި ކޯޓުގެ "ބައިނަލްއަޤުވާމީ އާބިޓްރޭޝަނާގުޅޭ ގޮތުން ޢަމަލުކުރި އުޞޫލު" ގައެވެ. މ އުޞޫލުގެ 3 ވަނީ މާއްދާގަ )ހ( ގައި ބަޔާންކުރަނީ "ބައިނަލްއަޤުވާމީ އާބިޓްރޭޝަންގައި ހިނގަމުންދާ މައްސަލައަކާގުޅޭ ގޮތުން ވަގުތީ ފިޔަވަޅު އެޅުމުގައި ވަގުތީއަމުރަށް އެދި ޢާންމުކޮށް ހުށަހަޅާ މައްސަލަތަކުގައި ކޯޓުން ޢާންމުކޮށް ރިއޔަތްކުރާ ކަންކަމަށް ރިއާޔަތްކުރާނެ" ކަމަށެވެ.

22HN5ވަގުތީ އަމުރެއް ނެރުމުގައި ފުރަހަމަވޭތޯ ބަލަންޖެހޭ އާންމު ތިންޝަރު ތެއ ދިވެހިރާއްޖޭގު ސުޕްރީމް ކޯޓުގ ނަންބަރ 2012/SC-A/21 ނެކްސްބިޒް ލިމިޓެޑް )އޮސްޓްރޭލިއާ( ވ. އެންޓި ކޮރަޕްޝަން ކޮމިޝަން ގަޒިއްޔާގައި ބަޔާންކޮށްފައިވެއެވެ. އެއީ؛ - ވަގުތާ އަމުރަށް އެދޭ ފަރާތަކީ، އެފަދަ އަމުރަކަށް އެދުމުގެ ސިފަތު ނުވަތަ ހައިސިއްޔަތް ގ ނޫނީ ގޮތުނ ލިބިގެންވާ ފަރާތަކަށްވުމާއި، - ވަގުތީ އަމުރަށް އެދޭ ފަރާތަށް، ގާނޫނީ ގޮތުން ހިމާޔަތް ލިބެންޖެހީމައލޫއަ ހައްގެއް ނުވަތީ ގ ނޫން މަރުކަޒެއް އޮތުމުގެ އިހުތިމާލު ފާޅުކަން ބޮޑު ގޮތެއްގައިގއިމުވެގެންވުމާއ، - ވަގުތީ އަމުރު ނެރުމަކާ ނުލައި އަސްލުމައު ލޫއާދއުވަ ލަސްވެގެން ހިނގައްޖެނަމަ،ތަދާރުކުނުކުރެވޭ ގެއްލުމެއް ނުވަތަ ކުރިމަތިވެދާނެ ނުރައްކަލެއް އޮތުން، މިއެވެ.

23އަމުރަކަށް އެދުމުގެ ސިފަތު ނުވަތަ ހައިސިއްޔަތު އަމުރަށް އެދުން ފަރާތަށު ލިބިގެންވޭތޯ ބަލާއިރު، އަމުރށ އެދި ހުށަހެޅި އޯޝަން އީއެކްސްއެލް އަކީ، މ މައްސަލާގައި ހަވާލާދޭ އާބިޓްރޭޝަންގައި ހިމެނޭއއ ފަރާތްކަން ނުވަތައެއ ޚަޞްމުކަނައެނގެން އޮތުމާއި، އާބިޓްރޭޝަން ފެށިފައި ވަނީ މި މައްސަލާގައި ބަޔާންކުރީ ބޯޓާއި އެ ބޯޓުގައި ހުރި ކާގޯއ ގުޅާ ގޮތުންކަން އެނގެން އޮތުމާއި، ބޯޓްކްއޯޝަން އީއެކްސއެލ އިން ޗާޓަރކޮށްފައިވާ ބޯޓެއްކަނ އެނގެން އޮތުމާއި، އަދި އޭގައި ހުރި ކ ގޯއަކީ އޯޝަން އީއެކްސްއެލާއިނ އެހެން ފަރާތަކަށް ވިއްކާފައިވާ މުދަލެއްކަން އެނގެން އޮތުމުން، އޯޝަން އީއެކްސްއެލުއިން އެދިފައިވާ ފަދަ އަމުރަކަށް އެދުމުގެ ސިފަތު، ޝައްކެއް ވެސް ނެތް ގޮތުގައިއ ފަރާތަށެ ލިބިގެންވެއެވެ.

24ވަގުތީ އަމުރަށް އެދޭ ފަރާތަށް، ގާނޫނީ ގޮތުން ހިމާޔަތް ލިބެންޖެހޭ މައުލޫއަ ހައްގެއްނުވަތީ ގ ނޫން މަރުކަޒެއް އޮތުމުގެ އިހުތިމާލު ފާޅުކަން ބޮޑު ގޮތެއްގައް ގ އިމުވެގެނީ ވޭތޯ ބަލާއިރު، ބޯޓުގައި ހުރި ކާގޯއަކ އޯޝަނ އީއެކްސްއެލް އިން އެހެން ފަރާތަކަށް ވިއްކާފައިވާ މުދަލެއްކަމަށްވާއިރު، އެ މުދުރައްދުކުރަން ޖެހޭ ފަރާތަށް އެ މުދާ ރައްދެކުރެވިފައި ނުވާކަން އެނގެން އޮތުމާއި، އެ މުދަލގް އަގު އެކީގައި އޯޝަން އީއެކްސްއެލް އަށް ލިބިފައި ނުވާކަމަށޭ ބުނާތީ އާއި،މާލީ ޕޯޓަށް ޑިސްޗަރޖުކުރިމެރިން ގޭސ އޮއިލް އިން ފާހަގަވެފައިވާކަމަށ ބުން ތަގައްޔަރުކަމަކ، އޯޝަން އީއެކްސްއެލް އިން ލޯޑް ކުރި ކާގޯގައި އޭގެ ޒާތުގައި ހުރިތަގައްޔަރުކަމެއް ނޫންކަމަށް ބުނީ ދަލީލު ހުށަހަޅާފައިވުމާއި، ޗާޓަރ ޕާޓީއާ ބޯޓުގެ ވެރިފަރާތުން ހިލާފުވެފައިވ ކަމަށާ އިހުތިމާލު އުފެދޭ ފަދަ ސަބަބުތަކެއް ހުށަހަޅާފައި ވާތީ، ގ ނޫނޭ ގޮތުން ހިމާޔަތް ލިބެންޖެހ މައުލޫއަ ހައްގެއްނުވަތި ގ ނޫނީ މަރުކަޒެއް އޮތުމުގެ އިހުތިމާލު ފާޅުކަން ބޮޑު ގޮތެއްގައި މ މައްސަލާގައް ގއިމުވެގެނވާކަމުގައި ފެނެއެވެ.

25ވަގުތީ އަމުރު ނެރުމަކާ ނުލައި އަސްލު މައުލޫއީދއުވަ ލަސްވެގެން ހިނގައްޖެނަމަ، ތަދާރުކުނުކުރެވޭ ގެއްލުމެއ ނުވަތް ކުރިމަތިވެދާނެ ނުރައްކަލެއް އޮތްތޯ ބަލާއިރު، ބޯޓުގައި ހުރި ކާގޯރައްދުވާން ޖެހޭ ހިސާބަށް ރައްދުވެފައި ނުވާއިރު، އަދި މާލޭ ޕޯޓަށް ބާލަން ޖެހޭ ކާގިރައްދުވާން ޖެހޭ ފަރާތުން އެއާ ހަވާލުވުމަށް ދެކޮޅުހަދައޯ،ހުސޫމާތެއް އުފެދް ފައިވާއިރު، ބޯޓުގައި ހުރި ކާގް ގެ ކަންތައް އެހެން ގޮތަކަށް ހައްލުކުރުމަށް ބޯޓުގެ ވެރިފަރާތުން މަސައްކަތްކޮށްފައިވާކަން މި ހިނދަށް ހުށަހެޅިފައިވާ ލިޔެކިއުމުނ އެނގެން ނެތުމާއި، ބޯޓް ރާއްޖެއިން ފުރުއިގެން ދާނަ މަސައްކަތްކުރާކަނ އެނގެން އޮތުމާއި، ބޯޓުގައި ހުރި ކާގޯއ ގުޅާ ގޮތުން ގޮތެއް ނުނިމި ބޯޓު ފުރައިފި ނަމަ، ނުވަތެ ވެފައިވާ އެއްބަސްވުމާ ހިލާފަށް ބޯޓުގެ ވެރިފަރާތުނިކާގޯގެ ބޭނުން ހިފައިފި ނަމަ، ބޯޓުގައި ހުރި ކާގޯގެ އަގާއި ބާވަތަށް ރިއާޔަތްކޮށް ބަލާއިރު، މައްސަލަ ހުށަހެޅަ އޯޝަން އީއެކްސްއެލް އަށް އިޔާނުވާފަދ ގެއްލުމެއް ކުރިމަތިވެދާނެ ކަމުގެ ހަގީގީ ނުރައްކަލެއް އޮތް ކަމަށް ފެނެއެވެ.

ނިންމަން ފެންނަ ގޮތް

26HN6މި މައްސަލާގައި ދެ ގޮތަކުން ކުރެ ގޮތެއްގެ މައްޗަށ ވަގުތާ އަމުރު ނެރެދިނުމަށް އެދިފައިވާއިރު،އެދިފައިވާ ފުރަތަމަ ގޮތަށް ވަގުތީ އަމުރް ނެރުމަކީ އަމރ ރައްދުވު ފަރާތްތަކުގެ، އަދި މި މުއާމަލާތުގައ ހިމެނި އެހެނ ފަރާތްތަކުގެ ބަހެއް ހޯދުމަކާ ނުލައި ނެރުމަށް އެންމެ ރައްކައުތެރި އަމުރެއް ކަމުގައި ނުފެނެއެވެ.

27ނަމަވެސް، އިސްވެ މި ބަޔާންކުޅ ކަންކަނަ އެ ގޮތުގެ މަތިން ހުރުމުން، ދެ ވަނއަށައެދިފައިވާ ގޮތުގެ މަތިން ވަގުތީ އަމުރު ނެރުމަށް އަހުރެންނަށް ފެނެއެވެ.

އިސްފަނޑިޔާރު ޙުސައިން ޝަހީދު ރައުޔު

28މި މައްސަލައިގައި ފަނޑިޔާރު ޢަބްދުލްމާނިޢު ޙުސައިންގެ ރައުޔަށް ތާއިދުކުރަމެވެ.

ފަނޑިޔާރު ޙުޒައިފާ މުޙައްމަދުގެ ރައުޔު

29މި މައްސަލައިގައި ފަނޑިޔާރު ޢަބްދުލްމާނިޢު ޙުސައިން ގ ރައުޔަށް ތާއިދުކުރަމެވެ. ހ ކުމް: ދެންފަހެ، ބަޔާންވެދިޔަ ކަންކަން އެގޮތުގެމަތިން ހުރުމުން، އޯޝަން އީއެކްސްއެލް އެފްޒެޑްސީ އާއި ޑީއެސްޖީ ޝިޕިންގ އިންކޯޕަރޭޓެޑްއާ ދެމެދު 13 އޮގަސްޓް 2024 ގައި ސޮއިކޮށްފައިވާ ޓައިމް ޗާޓަރ ޕާޓީގެ ދަށުން އުފެދިފައިވާ ހުސޫމާތާ ގުޅިގެން، އޯޝަން އީއެކްސްއެލް އެފްޒެޑްސީގެ ފަރާތުނ 17 ޑިސެމްބަރ 2024 ގައި ލަންޑަން އާބިޓްރޭޝަނަށް ހުށަހަޅާފައިވާ މައްސަލައިގައި ވަކި ގޮތެއް ކަނޑައަޅަންދެން، ނުވަތަ މި ކޯޓުން އެހެނ ގޮތަކަށް އަމުރުކުރަންދެން، އެމްޓީ ޑީއެސްޖީ / MT DSG ނަމަކަށް ކިޔާ ބޯޓު )އައި. އެމް.އޯ ނަންބަރ: 9555216( ދިވެހިރާއްޖެއިން ފުރައިގެން ނުދިއުމަށާއި، ބޯޓަށް އެއްވެސް ބަދަލެއް ނުގެނައުމަށާއި، އަދި ބޯޓު ގުޅިގެނާ ތިންވަނަ ފަރާތެއްގެ ހައްގެއް އުފަންވެދާނެފަދަ އެއްވެސް ކަމެއް ނުކުރުމަށް،ބޯޓުގެ ވެރި ފަރާތް، ޑީއެސްޖީ ޝިޕިންގ އިންކޯޕަރޭޓެޑަށާއި، ކޮމާޝަލްއޮޕަރޭޓަރ ކެންޑުއަރ ޓޭންކަރޒްއަށް އަދި ލޯކަލް އެޖެންޓް،ރާއްޖެ ޝިޕިންގ ޕްރައިވެޓް ލިމިޓެޑަށާއި، ކަމާބެހޭ އެންމެހައި ފަރާތްތަކަށާ އަންގައި އަމުރުކޮށް،މި ގަޒިއްޔާ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާގުން ހުކުމް ކޮށްފީމެވެ. މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ: އިސްފަނޑިޔާރު ޙުސައިން ޝަހީދު ފަނޑިޔާރު ޢަބްދުލްމާނިޢު ޙުސައިން ފަނޑިޔާރު ޙުޒައިފާ މުޙައްމަދ )ރިޔާސަތު(

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

ޝަރީޢަތުގެ ވީޑިއޯ

ހައިކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޝެއަރ ކުރައްވާ