ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
2025/HC-B12/44

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ހުސައިން ވިސާމް

ދަށުކޯޓުގެ ނިންމުން ބާޠިލު
1 ޙުކުމެއްގައި ޙަވާލާދީފައިޙުކުމުގެ ހާލަތު
ހައިކޯޓު · 8 ޖަނަވަރީ 2026ދަށު ކޯޓު: ލ. ގަމު މެޖިސްޓްރޭޓް ކޯޓު 659-CA/129/2025ބާވަތް: ޖިނާއީ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
ލ. ގަމު މެޖިސްޓްރޭޓް ކޯޓު 659-CA/129/2025
ފަހުގެ ތާރީޚު
ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް

ކޯ ޓާމްސް

ޚުލާޞާ

ކޯޓުން ނިންމަން ޖެހުނު ސުވާލު
މަސްތުވާތަކެތިން ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މީހަކު ދެ ފަހަރަށް ބަންދުކުރުމަށްފަހު، 'އިތުރަށް ބަންދުގައި ބަހައްޓަންޖެހޭ މަޞްލަޙަތެއް އޮތްކަމަށް ނުފެންނާތީ' ކަމަށް ބުނެ ޝަރުޠުތަކާއެކު ބަންދުން ދޫކޮށްލި އަމުރުގައި، ދޫކޮށްލި ސަބަބު (ބަންދުކުރި ޙާލަތު ބަދަލުވިގޮތް) ބަޔާންކޮށްފައިވޭތޯ.

ނިންމުން

ދަށުކޯޓުގެ ނިންމުން ބާޠިލު

ދަށުކޯޓުގެ އަމުރު ބާޠިލު؛ 7 ދުވަހުގެ ތެރޭގައި ހުށަހަޅައިފިނަމަ 5 މަސައްކަތު ދުވަހުގެ ތެރޭގައި ބަންދާމެދު އަލުން ގޮތެއް ކަނޑައެޅުމަށް އެންގި

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

HN1 ކޯޓު އަމުރެއްގެ ދަށުން މީހަކު ބަންދުކޮށް މިނިވަންކަން ހިފެހެއްޓުމަށްފަހު، އެ ނިންމުން ބަދަލުވި ސަބަބު ބަޔާންނުކޮށް ފަހުން ނެރޭ އަމުރަކުން އެ މީހާ ޝަރުޠުތަކާއެކު ނަމަވެސް ބަންދުން ދޫކޮށްލައިގެން ނުވާނެއެވެ؛ ސަބަބު ބަޔާންކުރަންޖެހޭނެއެވެ. މިއީ މަތީ މަރުޙަލާގެ ކޯޓުތަކުން ކަނޑައަޅާފައިވާ އުޞޫލެކެވެ.

HN2 'އިތުރަށް ބަންދުގައި ބަހައްޓަންޖެހޭ މަޞްލަޙަތެއް އޮތްކަމަށް ނުފެންނާތީ' ކަމަށް ބުނުމާއި ޤާނޫނީ މާއްދާތަކަށް ހަވާލާދިނުމަކީ ސަބަބެއް ނޫން، ނިންމުމެކެވެ. ފަނޑިޔާރުގެ ދައުރަކީ ސަބަބު ބަޔާންނުކޮށް ނިންމުމެއް އިޢުލާނުކުރުމެއް ނޫނެވެ.

HN3 ބަންދާމެދު ގޮތް ކަނޑައަޅާއިރު ފަނޑިޔާރު ތަޠުބީޤުކުރަންޖެހޭ ޤާނޫނީ ޓެސްޓް (ތުހުމަތުކުރެވޭ މިންވަރަށް ހެކި ހުރިތޯއާއި ބަންދުގައި ބަހައްޓަންޖެހޭ އިސްތިސްނާ ޙާލަތު އޮތްތޯ) ތަޠުބީޤުކޮށް ނިންމުމަށް ވާޞިލުވި ގޮތް އަމުރުން ފެންނަންޖެހޭނެއެވެ؛ ކުރީގެ އަމުރުތަކުގައި ހެކި ހުރިކަމަށާއި އިސްތިސްނާ ޙާލަތު އޮތްކަމަށް ކަނޑައެޅުން ފަހުން ނުހިނގަނީ ކީއްވެކަން ބަޔާންކުރަންޖެހޭނެއެވެ.

HN4 ނިންމުމުގެ ސަބަބު ބަޔާންނުކުރާނަމަ ފަނޑިޔާރު އިޚްތިޔާރު ބޭނުންކުރީ ޤާނޫނީ ހަމައިންތޯ މުރާޖަޢާކުރުން މުސްތަޙީލުވާތީ، އެފަދަ އަމުރެއް ބާޠިލުކުރަންޖެހޭނެއެވެ.

ވަކީލުންނާއި ފަނޑިޔާރުން

އިސްތިއުނާފުކުރި ފަރާތުގެ ވަކީލުން
އަލްމާސް މުބާރިކް، އަޙްމަދު ނައުޝާދު، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ބެންޗު
ޙަސަން ޝަފީޢު، ފާޠިމަތު ފަރްހީޒާ، ޢަބްދުﷲ ޖަމީލް މޫސާ
ރިޔާސަތު
—
ރައުޔު ލިޔުނު ފަނޑިޔާރު
ޙަސަން ޝަފީޢު · ތާއީދުކުރެއްވީ: ފާޠިމަތު ފަރްހީޒާ، ޢަބްދުﷲ ޖަމީލް މޫސާ
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.

ފަނޑިޔާރު ޙަސަން ޝަފީޢުގެ ރައުޔު

ތަޢާރުފު

1މިއީ، ހައްދުންމަތީ ގމަ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު CA/129/2025-659 "ކޯޓު އަމުރު" އިސްތިއުނާފުކުރުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވުނު ޤަޟިއްޔާއެކެވެ. މި ޤަޟިއްޔގައާ އިސްތިއުނާފުރައްދުވި ފަރާތަކީ، ލ.ގަން -ތުނޑި، ޒެނިތު/ ޙުސައިން ވިސާމް އެ ވެ.

ކަންހިނގާފައިވާ ގޮތް

2ޙުސައިން ވިސާމް ލ. ގަމުގައ މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ، އެތަކެތި ވިއްކާ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި މުޖުތަމަޢުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައަ ކޯޓި އަމުރެއްގެ ދަށުން 13 ނޮވެންބަރު 2025 ގައި ހައްޔަރުކޮށްފައިވެއެވެ.

3ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި، ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 13 ވަނަ މާއްދާގެ (ނ) އަށް ރިޢާޔަތްކޮށް، ކުށުގެ ބާވަތާއި ކުޑަބޮޑު މިނަށް ބަލާއިރު، މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ކުށްތަކަކީ އެކުށުގެ ޒާތާއި ބާވަތުން މުޖުތަމަޢަށް ނުރައްކާތެރިކަން ބޮޑު ކުށުގެ އަމަލެއްކަން މަތީ މަރުހަލާގެ ކޯޓުތަކުން ނިންމާފައިވާ އެތައް ޤަޟިއްޔާތަކަކުން އެނގެން އޮތުމުންނާއި ޙުސައިން ވިސާމގް މައްޗަށް ތހުމަތުކުރެވިފައިވ މައްސަލައަކާ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 22 ވަނަ މާއްދާގައި ބަޔާންކުރާ ޖިނާއީ ބޮޑު ކުށެއްކަމަށް ވާތީ، މީނާގެ މައްޗަށް ތުހުމަތުކުރެވުނު މައްސަލައިގައި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ބ) ގެ ދަށުން ޙުސައިން ވިސާމް 15 (ފަނަރަ) ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް އެދި ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ހުށަހެޅުމުން، ހައްދުންމަތީ ގަމު މެޖިސްޓްރޭޓް އައިޑީކާޑު ނަންބަރު […] ދިވެހި ފުލުހުންގެ ޚިދުމަތުގެ ނަންބަރު 213238MF/ ބަންދާމެދު ގޮތެއްނިންމުމަށް އެދި ހުށަހަޅާ ފޯމު ކޯޓުގެ ނަންބަރު 2025/115CA/-596 ކޯޓު އަމުރުން، ޙުސައިން ވިސާމް ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތި ވެދާނެ ކަމަށް ފެންނާތީ އަދި ހެކިބަސް ދޭންހުރި ފަރާތަކަށް ނުފޫޒެއް ފޯރުވަފާނެކަމަށް ފެންނާތީ 60 ވަނަ މާއްދާގެ (ބ) އަށް ރިޢާޔަތްކޮށް، ޙުސައިން ވިސާމް 10 (ދިހައެއް) ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ.

4ޙުސައިން ވިސާމްގެ މައްޗަށް ތުހުމަތުކުރެވިފައިވާ ކުށް ކޮށްފައިވާކަމަށް ތުހުމަތުކުރެވޭ ވަރަށް ހެކި ޤަރީނާ ހުރިކަން މައްސަލައިގައި ލިބިފައިވާ ހެކި ޤަރީނާގެ ތަފްސީލުނ އެނގެން އޮންނާތީއާއި، ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، މީނާގެ މައްޗަށް ތުހުމަތުކުރެވިފައިވާ ކުށުގެ ބާވަތާއި ކުށުގެ ކުޑަބޮޑުމިނަށް ބަލާއިރު މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ކުށްތަކަކީ އެކުށުގެ ޒާތާއި ބާވަތުން މުޖުތަމަޢުއަށް ނުރައްކާތެރިކަން ބޮޑު ކުށުގެ ޢަމަލެއްކަން މަތީ މަރުހަލާގެ ކޯޓުތަކުން ނިންމާފައިވާ އެތައް ޤަޟިއްޔާއަކުން އެނގެން އޮތުމުންނާއި، މީނާގެ މައްޗަށް ތުހުމަތުކުރެވިފައިވާ މައްސަލައަކީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 22 ވަނަ މާއްދާގައި ބަޔަންކުރާ ޖިނާއީ ބޮޑު ކުށެއްކަމަށްވާތީ، މި މައްސަލައިގައި މީނާ ދޫކޮށްލާފައި ހުރެއްޖެނަމަ މުޖުތަމަޢުގެ ސަލާމަތާއި ރައްކާތެރިކަމަށް ހުރަސްއެޅިދާނެކަމަށް ފެންނާތީ އާއި ހެކިބަސް ދޭންހުރި ފަރާތްތަކަށް ނުފޫޒު ފޯރުވަފާނެކަމަށް ފެންނާތީ، މީނާގެ މައްޗަށް ތުހުމަތުކުރެވިފައިވާ މައްސަލައިގައި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ކ) އަށް ރިއާޔަތްކޮށް، 30 (ތިރީސް) ދުވަހުގެ މުއްދަތަށް ބަންދުކޮށްދިނުމަށ އެދް ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ހުށަހެޅުމުން، މި މައްސަލައިގައި މީނާގެ ފަރާތުން މުޖުތަމަޢުގެ ސަލާމަތާއި ރައްކާތެރިކަމަށް ހުރަސްއެޅިދާނެ ކަމަށް ޤަބޫލުކުރެވޭތީއާއި، އަދި ހެކިބަސް ދޭންހުރި ފަރާތަކަށް ނުފޫޒެއް ފޮރުވަފާނެކަމަށް ފެންނާތީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި، ޤާނޫނު ނަންބަރު 2016/12 ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާއާއި ޝަރީޢަތްކުރުމާބެހޭގޮތުން ހެދިފައިވާ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 13 ވަނަ މާއްދާގެ (ހ) ގެ (1(،)2(،)3(،)4) ވަނަ ނަންބަރަށް ރިޢާޔަތްކޮށް، 23 ނޮވެންބަރު 2025 ދިވެހި ފުލުހުންގެ ޚިދުމަތުގެ ނަންބަރު 213371MF/ ބަންދާމެދު ގޮތެއްނިންމުމަށް އެދި ހުށަހަޅާ ފޯމު އިން ފެށިގެން 08 ޑިސެންބަރު 2025 ގެ ނިޔަލަށް، 15 (ފަނަރަ) ދުވަހުގެ މުއްދަތަށް ޙުސައިން ވިސާމް ބަންދުކުރުމަށް ހައްދުންމަތީ ގަމު މެޖިސްޓްރޭޓް ކޯޓުން އަމުރުކޮށްފައިވެއެވެ.

5ޙުސައިން ވިސާމްގެ މައްޗަށް ތުހުމަތުކުރެވިފައިވާ ކުށް އޭނާ ކޮށްފައިވާކަމަށް އެކަށީގެންވާ މިންވަރަށް ހެކި ޤަރީނާ ހުރިކަން މައްސަލައިގައި މީނާގެ މައްޗަށް ލިބިފައިވާ ހެކި ގަރީނާގެ ތަފްސީލުން އެނގޭތީއާއި އަދި ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ބަޔާންކުރާ ސަބަބެއް އޮތްތޯ ބަލާއިރު އާއި ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތު ގަވާއިދުގެ 13 ވަނަ މާއްދާގެ (ހ) އަދި (ނ) އަށް ރިޢާޔަތްކޮށް، ތުހުމަތުކުރެވިފައިވާ ކުށުގެ ކުޑަ ބޮޑުމިނަށް ބަލާއިރު މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ކުށްތަކަކީ އެކުށުގެ ޒާތާއި ބާވަތުން މުޖުތަމަޢަށް ނުރައްކާތެރިކަން ބޮޑު ކުށުގެ ޢަމަލައްކަން މަތީ މަރުޙަލާގެ ކޯޓުތަކުން ނިންމާފައިވާ އެތައް ޤަޟިއްޔާތަކަކުނ އެނގެން އޮންނަކަމާއި، މީނާގެ މައްޗަށް ތުހުމަތުކުރެވިފައިވާ މައްސަލައަކީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 22 ވަނަ މާއްދާގައި ބަޔާންކުރާ ޖިނާއީ ބޮޑު ކުށެއް ކަމަށްވާތީ، މީނާ ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމަޢުގެ ސަލާމަތާއި ރައްކާތެރިކަމަށް ހުރަސްއެޅިދާނެކަމަށް ފެންނާތީ އާއި ހެކި ފޮރުވުމަށް ނުވަތަ ހެކިބަސް ދޭންހުރި ފަރާތަކަށް ނުފޫޒު ފޯރުވަފާނެކަމަށްޓަކައި، މީނގާ މައްޗަށް ތުހުމަތުކުރެވިފައިވާ މައްސަލައިގައި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ކ) އަށް ރިޢާޔަތްކޮށް، މައްސަލައިގެ ޝަރީޢަތް ނިމެންދެން ބަންދުގައި ބެހެއްޓުމުގެ އަމުރެއް ނެރެދިނުމަށް ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން 08 ޑިސެންބަރު 2025 ގައި އެދިފައިވެއެވެ.

6އިސްވެ ބަޔާންކުރެވުނު ހުށަހެޅި ހުށަހެޅުން ހުށަހެޅުމުން ހައްދުންމަތީ ގަމު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު CA/129/2025-659 ކޯޓު އަމުރުން ޙުސައިން ވިސާމް ޝަރުޠުކޮށް ބަންދުން ދޫކޮށްލުމަށް އަމުރުކޮށްފައިވެއެވެ.

7މި އިސްތިއުނާފީ ޤަޟިއްޔާއަކީ ބުނެވިދިޔަ ކޯޓު އަމުރު އިސްތިއުނާފުކުރުމުން ބެލެވޭ ޤަޟިއްޔާއެކެވެ. ދިވެހި ފުލުހުންގެ ޚިދުމަތުގެ ނަންބަރު MF/213585 "ބަންދާމެދު ގޮތެއްނިންމުމަށް އެދި ހުށަހަޅާ ފޯމު" ހައްދުންމަތީ ގަމު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު CA/129/2025-659 ކޯޓު އަމުރު

8ހައްދުންމަތީ ގަމު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު CA/129/2025-659 ކޯޓު އަމުރުގައި ޙުސައިން ވިސާމް ބަންދުން ދޫކޮށްލި ސަބަބުކަމަށް ބަޔާންކޮށްފައިވަނީ އަންނަނިވި އިބާރާތެވެ. "މީނާ މިވަގުތު އިތުރަށް ބަންދުގައި ބަހައްޓަންޖެހޭ މަޞްލަޙަތެއް އޮތްކަމަށް ނުފެންނާތީ، ޖިނާޢީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ހ) ގެ 4 ވަނަ ނަންބަރާއި، އެ މާއްދާގެ (ރ)ގެ 2 ވަނަ ނަންބަރުގެ ދަށުން ޝަރުޠުކޮށް ދޫކޮށްލުމަށް " އިސްތިއުނާފީ ނުކުތާ

9ޕްރޮސިކިއޝަނުނު ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާއަކީ: ހައްދުންމަތީ ގަމު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު CA/129/2025-659 (08 ޑިސެންބަރު 2025) ކޯޓު އަމުރަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި، ޤާނޫނު ނަންބަރު 2016/12 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 60 ވަނަ މާއްދާގެ (ށ) އާއި، އެ ޤާނޫނުގެ 59 ވަނަ މާއްދާއާއި، ޤަވާޢިދު ނަންބަރު 01-REG-SC-2021 (ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދު) ގެ 13 ވަނަ މާއްދާގެ (ހ) އާއި (ނ) އާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) ގައި "މަތީ މަރުޙަލާގެ ކޯޓުތަކުން ނިންމާ ނިންމުންތަކަށް އެއަށްވުރެ ދަށު މަރުޙަލާގެ ކޯޓުތަކުން ތަބާވާންވާނެ" ކަމަށް ބަޔާންކޮށްފައިވާ އުޞޫލުތަކާ ޚިލާފަށް ނެރެފައިވާ އަމުރެއް ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ. އިސްތިއުނާފީ ނުކުތާއާ ގުޅިގެން އިސްތިއުނާފކުރު ފަރާތުން ފާހަގަކުރި ކަންކަން

10ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ބަޔާންކުރާގޮތަށް މުއްތަހަމު ބަންދު ކުރުމުގައި ރިޢާޔަތްކުރަންވީ ކަންކަމާއި، ކަންކުރަންވީ ގޮތް ތަންޒީމުކޮށްދޭ ޤާނޫނުތަކަށާއި، ޤަވާއިދުކަމަށް ބަލާއިރު، މުއްތަހަމު ކުށް ކޮށްފައިވާކަމަށް ތުހުމަތުކުރެވޭ މިންވަރަށް ހެކި ހުރެއްޖެނަމަ، އަދި ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ނުވަތަ ހެއްކަށް ނުފޫޒު ފޯރުވަފާނެކަމަށް ބެލެވޭނަމަ، މުއްތަހަމަކީ ޝަރީޢަތް ނިމެންދެން ބަންދުކުރަންޖެހޭ މީހެއްކަން ޤާނޫނު ނަންބަރު 2016/12 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 60 ވަނަ މާއްދާގެ (ށ) ގެ (1) އަދި (4) ވަނަ ނަންބަރަށް ބެލުމުން އެނގޭކމަށަ ދައުލަތުން ފާހަގަކޮށްފައިވެއެވެ.

11ކުށެއްގެ ތުހުމަތުގައި މީހަކު ބަންދުކުރަންޖެހޭ ފަދަ ސަބަބެއް އޮތްތޯ ނުވަތަ ނޫންތޯ ބެލުމުގައި، އޭނާއާ ދެކޮޅަށް ހުށަހެޅިފައިވާ ހެކީގެ ބުރަދަނަށާއި، އޭނާގެ ކުށުގެ ރެކޯޑަށް ފަނޑިޔާރު ރިޢާޔަތްކުރައްވަން ޖެހޭކަމަށް ޤާނޫނު ނަންބަރު 2016/12 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 59 ވަނަ މާއްދާގައި ބަޔާންކޮށްފައިވާކަމަށް ދައުލަތުން ފާހަގަކޮށްފައިވެއެވެ.

12ދައުލަތުން ފާހަގަކޮށްފައިވަނީ، ކުށެއްގެ ތުހުމަތުގައި ބަންދުކޮށްފައިވާ މީހެއްގެ ކިބައިން މުޖުތަމަޢުގެ ސަލަމާތަށ ނުރައްކަލެއް ކުރިމަތިވެދާނެކަން ވަޒަންކުރުމުގައި، ތުހުމަތުކުރެވޭ މީހާގެ ބަންދާއި، ހައްޔަރުގެ ރެކޯޑަށާއި، ތުހުމަތުކުރެވޭ ކުށުގެ ޢަމަލު ހިންގުމުގައި އޭނާ ބައިވެރިވެފައިވާގޮތަށާއި، ކުށް ކޮށްފައިވާ ޙާލަތަށާއި، ކުށުގެ ތުހުމަތުގައިވާ މީހާގެ ކިބައިން މުޖުތަމަޢަށް ނުރައްކަލެއް ކުރިމަތިވެދާނެކަން އެނގޭނެ އެހެނިހެން ސަބަބުތަކަށާއި، ކުށުގެ ޢަމަލު ހިންގާފައިވަނީ ޖަމާޢަތް ހަދައިގެންކަނ ނުވަތް ނޫންކަމަށް ރިޢާޔަތްކުރަން ޖެހޭކަމަށް ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދު ގެ 13 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާކަމަށެވެ.

13ކުށެއްގެ ތުހުމަތުގައި ބަންދުކޮށްފައިވާ މީހަކު ހެކި ފޮރުވުމަށް ނުވަތަ ހެކިބަސް ދޭންހުރި މީހަކަށް ނުފޫޒެއް ފޯރުވުމުގެ އިޙްތިމާލު އޮތްތޯ ވަޒަންކުރުމުގައި، މައްސަލައިގައި ލިބިފައިވާ ނުވަތަ ލިބެން ހުރި ހެކިތަކަކީ އޭނާއަށް ބާރު ފޯރުވިދާނެ ހެކިތަކެއްތޯއާއި ހެކިންނާ އެމީހާއާއި ގުޅުން އޮތް މިންވަރާއި ކުށަށް އިޢުތިރާފުވޭތޯއާއ މުޖުތަމަޢުގައި އެމީހާގެ މަޤާމާއި، ބާރާއި ނުފޫޒު އޮތް މިންވަރަށް ރިޢާޔަތް ކުރަން ގަވާއިދު ނަންބަރު 2021-01-REG-SC ޖެހޭކަމަށް ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދު ގެ 13 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާކަ މަށް ދައުލަތުން ފާހަގަކުރެއެވެ.

14އިސްވެބުނެވުނު ކަންކަމަކީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޝަހީބް އިބްރާހީމް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ޤަޟިއްޔާގައިވެސް ޝަރަހަކޮށްދީ ތަޠުބީޤުކޮށްފައިވާ ކަންކަން ކަމާއި، އެ ޤަޟިއްޔާގެ 17 ވަނަ ނުކުތާގައި މީހަކު ބަންދުގައި އިތުރަށް ބެހެއްޓުމާމެދު ގޮތެއް ނިންމުމުގައި މައްސަލަ ބަލާ ފަނޑިޔާރު ދެ ސުވާލެއްގެ ޖަވާބު ހޯދަންޖެހޭކަމަށް ބަޔާންކޮށްފައިވާކަމަށާއި، އެއީ؛ (1) ތުހުތަތުކުރެވުނު ކުށް އޭނާ ކުރިކަމަށް ބާރުދޭ ހެކި ހުރިކަން ނުވަތަ ނޫންކަން (2) ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޙާލަތެއް ވުޖޫދުވެދާކަނ ނުވަތް ނޫންކަމަށް، ދައުލަތުން ފާހަގަކޮށްފައިވެއެވެ.

15ޙުސައިން ވިސާމް މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް، އެތަކެތިން ވިޔަފާރި ކުރާކަމަށް ތުހުމަތުކުރެވޭ މިންވަރަށް ހެކި ހުރިކަމ މެދާ ސުވާލެއް ނެތްކަމާއި، ޙުސައިން ވިސާމް ދެ ފަހަރަށް ބަންދުކުރަން ނިންމެވީވެސް އޭނާގެ މައްޗަށް ތުހުމަތުކުރެވޭ މިންވަރުގެ ހެކި ހުރެގނެ ކަން ހައްދުންމަތީ ގަމު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު CA/115/2025-659 ކޯޓު އަމުރާއި ހައްދުންމަތީ ގަމު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު CA/121/2025-659 ކޯޓު އަމުރުން ސާފުވާކަމަށް ދައުލަތުން ފާހަގަކޮށްފައިވެއެވެ.

16ޙުސައިން ވިސާމް އޭނާ ދިރިއުޅޭ ގޭގައި ހުއްޓާ ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކުރުމުގެ ތެރޭގައި އޭނާގެ ޢަމަލުތައް ހުރިގޮތުން އޭނާގެ ގެ ކައިރީގައި ޕާކްކޮށްފައިވާ އޭނާގެ ކާރު ތެރޭގަޔާއ ގޭގައި އެއްޗެސް ފޮރުވައިގެން އުޅޭކަމަށް ތުހުމަތުކުރެވިގެން އޭނާގެ ހާޟިރުގައި ކޯޓު އަމުރެއްގެ ދަށުން އެތަންތަން ބަލައިފާސްކުރިއިރު، އޭނާ ދުއްވާ ކާރު ތެރެއިން 208.32 ގްރާމް ކެނެބިސް އަޅާފައިވާ ޕެކެޓެއް ފެނިފައިވާކަމާއި، އެ ޕެކެޓުން މީނާގެ ފިންގަރޕްރިންޓް ލިބޭކަމާއި، އަދި އޭނާ ދިރިއުޅޭ ގެއިން ކުދި ރަބަރު ޕެކެޓްތަކަކާއ މަސްތުވާތަކެތި ކަމަށި ޝައްކު ކުރެވޭ އެއްޗެއް އަޅައި ހުސްކޮށްފައިވާ ފިލްމް ހުސްކުރި ދަޅު ގަވާއިދު ނަންބަރު 2021-01-REG-SC ފެނިފައިވާކަން އަދި މީނާގެ ކުޑަކަމުދާތަކެތި ކެނެބިސްއަށް ޕޮޒިޓިވްވާކަމާއި، މިއީ ތަޙުޤީޤުގެ މމިހާތަނަށް މީނާއާ ދެކޮޅަށް ލިބިފައިވާ ހެކިކަން. މީނާގެ މައްޗަށް މަސްތުވާތަކެތިން ވިޔަފާރިކުރާކަމުގެ ތުހުމަތަށް މި ހެކިތަކުން ބާރުލިއްބައިދޭތީ މީނާއ ކުށާ ގުޅުވާލެވޭ މިންވަރުގެ ހެކި ލިބިފައިވާކަމަށް ދައުލަތުން ފާހަގަކޮށްފައިވެއެވެ.

17ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގައި ބަޔާންކުރާ ޙާލަތު ވުޖޫދުގައި އޮތްކަން ނުވަތަ ނެތްކަން ވަޒަންކުރުމުގައި ބޭނުންކުރާ މަގު ޗާޓަކީ، ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 13 ވަނަ މާއްދާކަމާއި އެ މާއްދާގައި ބަޔާންކުރާ ގައިޑްލައިންއާ އެއްގޮތަށް ޙުސައިން ވިސާމް ބަންދުގައި ބަހައްޓަންޖެހޭ ޤާނޫނީ ސަބަބެއް އޮތްތޯ ބަލާއިރު، ޙުސައިން ވިސާމްއަކީ މިކުށް ކުރުމުގައި ޢަމަލީ ގޮތުން، އިސްކޮށް އުޅުނު މީހާކަން އެނގޭނެ ހެކި ލިބިފައިވާކަމާއި، އެގޮތުން ފުލުހުންގެ އިންޓެލިޖެންސްއަށ ލިބުން މަޢުލޫމާތަކީ ޙުސައިން ވިސާމް ލ. ގަމުގައ މަސްތުވާތަކެތި ގެންގުޅެ ބޭނުންކޮށް، ވިއްކާކަމާއި، މި މަޢުލޫމާތުގެ މައްޗަށް ބިނާކޮށް އޭނާ ހައްޔަރުކުރުމަށް ކޯޓުން ނެރުއްވި އަމުރެއް ތަންފީޒުކުރުމަށްޓަކައި ފުލުހުން ޙުސައިން ވިސާމް ދިރިއުޅޭ ގެއަށް ގޮސް އޭނާ ހައްޔަރުކުރުމުގެ ތެރޭގައި، އޭނާ ހާސްވެ ބިރުގަނެ އޭނާ ދުއްވާ ކާރުގެ ރިމޯޓުން ކާރު ލޮގްކުރަން މަސައްކަތްކުރުމުން، އޭނާ އެއްޗެއް ފޮރުވާކަމަށް ފުލުހުންނަށް ތުހުމަތުކުރެވުނު ކަމާއި، މި ތުހުމަތުގެ މައްޗަށް ކޯޓު އަމުރެއް ހޯދައިގެން އޭނާ ދުއްވާ ކާރާއި، ގެ ބަލައި ފާސްކުރިއިރު ކާރު ތެރެއިން ޓްރެފިކިންގ މިންގަނޑަށް ކެނެބިސް އާއް އޭނާ ދިރިއުޅޭ ގޭ ތެރެއިން އެތަކެތި ކުދިކޮށް ވިއްކުމަށްޓަކައި ބޭނުންކުރާނެ އާލާތްތަކުގެ ތެރެއިން، ކުދި ރަބަރު ޕެކެޓާއި ފިލްމް ހުސްކުރި ދަޅެއް ފެނިފައިވާކަން. އަދި މިކާރަކީ މީނާ ދުއްވާ މީނާގެ ކާރު ކަމަށްވާތީ، މަސްތުވާތަކެތި ފެނިފައިވަނީ މީނާގެ ހިޔާޒަތުގެ ދަށުންކަން. މަސްތުވާތަކެތި ވިޔަފާރި ކުރުމުގައި މަނީ ޢަމަލީ ގޮތުން ޙަރަކާތްތެރިވާތީ ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 13 ވަނަ މާއްދާގެ

(ނ) ގެ 3 ވަނަ ނަންބަރަށް ރިޢާޔަތްކޮށް މީނާގެ ފުށުން މުޖުތަމަޢުގެ ސަލާމަތަށް ނުރައްކާ އޮތްކަމަށަ ބަލަންޖެހޭކަމާއި، ޙުސައިން ވިސާމްގެ މައްޗަށް ތުހުމަތުކުރެވުނީ މަސްތުވާތަކެތިން ވިޔަފާރިކުރާކަމަށްކަމާށާއި، މިއީ ޖިނާއީ ބޮޑު ކުށްތަކުގެ ތެރޭގައި ހިމެނޭ، މި ވަބާގެ ސަބަބުން މުޖުތަމަޢުގެ އަމާންކަމަށް ސީދާގޮތުން އަސަރުވާ ކަމެއްކަމާއި، މީނާއަކީ ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތިން ވިޔަފާރި ކުރާ މީހެއްކަމުގި މައްޗަށް ހެކި ލިބިފައިވާކަމާއި، އެގޮތުން، ވިޔަފާރި ވަކި ނިޒާމަކުން ތަރުތީބު ކޮށް، މަސްތުވާތަކެތި ވިއްކުމަށްޓަކައި، ކުރަންޖެހޭ ތައްޔާރީތަކުގައ ބޭނުންކުރި އާލަތްތައް މީނާގެ ހިޔާޒަތުން ފެނިފައިވާކަމާއި، މަސްތުވާތަކެތި ވިއްކުމަށްޓަކައި ކުރަންޖެހޭ ތައްޔާރީތަކުގައ ބޭނުންކުރި އާލަތްތައް މީނާގެ ހިޔާޒަތުން ފެނިފައިވާކަމާއި، މަސްތުވާތަކެތި މުޖުތަމަޢަށް ފެތުރުމުގައްޔާއ މި ވަބާޔަށް މީހުން ވެއްދުމުގައި މީނާ އިސްދައުރެއް އަދާކުރާތީ، މީނާ މި ކުށް ކުރާ ގޮތުން ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 13 ވަނަ މާއްދާގެ (ނ) ގެ 4 ވަނަ ނަންބަރަށް ރިޢާޔަތްކޮށް މިނާގެ ފުށުން މުޖުތަމަޢުގެ ސަލާމަތަށް ނުރައްކާ އޮތްކަމަށް ބަލަންޖެހޭކަމަށް ދައުލަތުން ފާހަގަކޮށްފައިވެއެވެ.

18މި މައްސަލައިގެ ތަޙުޤީޤު އަދި ފުރިހަމަ ނުވާކަމާއި މިހާތަނަށް ލިބިފައިވާ ހެކިތަކުގެ ތެރޭގައި، އަދި އިތުރަށް ލިބިދާނެ ހެކިތަކުގެ ތެރޭގައި ޙުސައިން ވިސާމްއަށް ސީދާ ގޮތުން ބާރު ފޯރުވޭނެ ހެކި އެބަހުރިކަމާއި، އެގޮތުން، ޙުސައިން ވިސާމް ފެނިދެނިވެ އުޅޭ ޝަފަހީ ހެކިންވެސް ހިމެނޭ ކަމާއި، މީގި އިތުރުން، ޙުސައިން ވިސާމްގެ ޑިޖިޓަލް ޑިވައިސްތަކުނ ލިބޭނެކަމަށް ގާބޫލުކުރެވޭ އިލެކްޓްރޯނިކް ހެކި ހުރުމުން، ބަންދުން ދޫވެއްޖެނަމ އެކަ ޑިވައިސްތަކުގައ ހުރި ޑޭޓާތަކަށް އެކްސެސްވުމުގެ ފުރުޞަތު އޮންނާނެތީ ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 13 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރާއި 2 ވަނަ ނަންބަރަށް ރިޢާޔަތްކޮށް މީނާ ހެއްކަށް ނުފޫޒު ފޯރުވުމުގެ އިހްތިމާލު އޮތްކަމަށް ބަލަންޖެހޭކަމަށް ދައުލަތުން ފާހަގަކޮށްފައިވެއެވެ.

19ޙުސައިން ވިސާމްއަކީ ލ.ގަމު ކައުންސިލްގެ ސީނިއަރ ފައިނޭންސް އޮފިސަރު ކަމާއި މީނާއަކީ ޒިންމާދާރު އިންފްލުއެންޝަލް އަދި މުޖުތަމަޢުގެ ތެރޭގައި އިތުބާރުކުރެވޭ މަޤާމެއްގައި ހުރި މީހަކަށްވާތީއާއި މި ތުހުމަތުކުރެވެނީ އެ މަޤާމުގައިހުރ ކުރެ ޢަމަލެއްގެ ސަބަބުންކަމުގައިވާތީ ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 13 ވަނަ މާއްދާގެ (ހ) ގެ 4 ވަނަ ނަންބަރަށް ރިޢާޔަތްކޮށް މީނާ ހެއްކަށް ނުފޫޒު ފޯރުވުމުގެ އިޙްތމާލ އޮތްކަމަށް ބަލަންޖެހޭކި މަށް ފާހަގަކޮށްފައިވެއެވެ.

20ޙުސައިން ވިސާމް ފުރަތަމަ ދެ މުއްދަތުގައި ބަންދުކުރަން ނިންމީ އޭނާ ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކާވާނެކަމަށާއި، ހެއްކަށް ނުފޫޒު ފޯރުވަފާނެކަމަށް ފެންނާތީއާއި، މި ދެ ސަބަބު އޮތްކަމަށް ނިންމުމަށްފަހު، 3 ވަނަ މުއްދަތުގައި މި ސަބަބުތައް ފިލައި ދިޔަކަމަށް ފަނޑިޔާރަށް ގަބޫލުކުރެވުނުސަބަބެއ ބަންދުން ދޫކޮށްލަން ނިންމް އަމުރުން ސާފުވާކަށް ނެތްކަމާއި، އިތުރަށް ބަންދުގައި ބެހެއްޓުމުގެ މަސްލަޙަތެއް ނެތްކަމަށް ފެނިވަޑައިގެންނެވި ސަބަބެއްވެސް އެ އަމުރުން ސާފުންވާން ނެތްކަމަށް ފާހަގަކޮށްފައިވެއެވެ.

21ބަންދުގައި ހުންނަ މީހާގެ ބަންދާމެދު ގޮތެއް ނިންމާ، ބަންދަށް ލުއި ދިނުމުގައި ބަލަންވީ މިންގަނޑަކީ އޭނާ ބަންދުކުރުމަށް އަމުރުކުރި ހާލަތު ބަދަލުވެފައިވޭތޯ ބެލުންކަން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ހުނޭސާ އާދަމް ނަޞީރު ޤަޟިއްޔާގައި ކަނޑައަޅާފައިވާކަމަށް ފާހަގަކޮށްފައިވެއެވެ.

22ދިވެހިރާއްޖޭގެ ހައިކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ފަޟްލޫން މުޙައްމަދު ޤަޟިއްޔާގެ 45 އަދި 46 ވަނަ ނުކުތާއަށް ބަލާއިރު، މުޖުތަމަޢުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ބަންދުކުރަންޖެހޭ މީހަކު އެ ސަބަބަށްޓަކައި ކުރިން ބަންދުކުރުމަށްފަހު، އެ މީހާގެ ބަންދަށް ލުއިދެވޭނީ، ބަންދުގައި ބަހައްޓަން ކުރިން ނިންމި ސަބަބު ބަދަލުވެފައިއޮވެމެ، އެކަމުގެ ސަބަބުތައް ބޔާންކޮށްދިނުމަށަ ފަހުގައިކަމަށް ބަޔާންކޮށްފައިވެއެވެ. ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2022/HC-B12/97 ޤަޟިއްޔާ

23މުއްތަހަމަކު ބަންދުގައި ބެހެއްޓުމަށް އަމުރުކުރިއިރު އޮތް ޙާލަތު ބަދަލުވެއްޖެނަމަ މުއްތަހަމުގެ ބަންދަށް ލުޔެއް ދިނުމަކީ ކުރެވިދާނެ ކަމެއްކަން މި ޤަޟިއްޔާތަކުން ސާފުވާކަމާއި، އަދި ބަންދުގެ ހާލަތު ބަދަލުވެފައިވާކަމަށް ބެލެވޭނީ އެ ޙާލަތު ބަދަލުވި ގޮތެއް އެކަށީގެންވާ ގޮތެއްގައި ސާފުކޮށް ދީގެންކަން. ޙުސައިން ވިސާމް ބަންދުގައި ބެހެއްޓުމުގެ މަސްލަޙަތެއް ނެތްކަމަށް ފަނޑިޔާރު ނިންމިއިރު، ކުރިން ބަންދުގައި ބަހައްޓަން ނިންމި ޙާލަތު ބަދަލުވިގޮތެއް ސާފު ނުވާލކަންއަދި އެ ސަބަބު ބަޔާންކޮށްދީފައިވެސް ނުވާކަމަށް ބަޔާންކޮށްފައިވެއެވެ.

24ބަންދާމެދު ގޮތެއު ނިންމް ޙާލަތުގައި ހެކިތައް ވަޒަންކުރިގޮތް ސާފުކޮށް ބަޔާންކޮށްދީ، އެ ނިންމުން ނިންމި ސަބަބު ސާފުކޮށް ބަޔާންކޮށްދޭން ޖެހޭނެކަމަށާއި، އެހެން ނޫންނަމަ ދަށު ކޯޓުގެ ނިންމުމަކީ ރަނގަޅު ނިންމުމެއްކަމަށް ނުބެލެވޭނެ ކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޙަސަން މުނާޒް ޤަޟިއްޔާގެ 24 ވަނަ ޕެރެގްރާފުން 32 ވަނަ ޕެރެގްރާފުގެ ނިޔަލަށް ހުރި ނުކުތާތަކުގައި ބަޔާންކޮށްފައިވާތީ، ޙުސައިން ވިސާމް އިތުރަށް ބަންދުގައި ބެހެއްޓުމުގެ މަޞްލަހަތއެ ނެތްކަމަށް ނިންމަވާފައިވަނީ މި ޤަޟިއްތާކުގައ ކަނޑައަޅާފައިވި އުޞޫލުތަކާވެސ ޚިލާފަށް ޤާނޫން ގޮތުން ނުރަނގަޅު އަސާސްތަކެއްގެ މައްޗަށް ބިނާކޮށްކަމަށް ދައުލަތުން ފާހަގަކޮށްފައިވެއެވެ.

އިސްތިއުނާފުކުރާ ފަރާތުން އެދިފައިވާ ގޮތް

25އިސްތިއުނާފުކުރާ ފަރާތުން އެދިފައިވަނީ: "ލ.ގަން މެޖިސްޓްރޭޓް ކޯޓުގް ނަންބަރު: CA/129/2025-659 (08 ޑިސެންބަރު 2025) ކޯޓު އަމުރަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި، ޤާނޫނު ނަންބަރު 2016/12 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) 60 ވަނަ މާއްދާގެ (ށ) އާއި، އެ ޤާނޫނުގެ 59 ވަނަ މާއްދާއާއި، ޤަވާއިދު ނަންބަރު 01-REG-SC-2021 (ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދު) ގެ 13 ވަނަ މާއްދާގެ (ހ) އާއި (ނ) އާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) ގައި "މަތީ މަރުޙަލާގެ ކޯޓުތަކުން ނިންމާ ނިންމުންތަކަށް އެއަށްވުރެ ދަށޫ މަރުޙަލާގެ ކޯޓުތަކުން ތަބާވާންވާނެ" ކަމަށް ބަޔާންކޮށްފައިވާ އުޞޫލާ ޚިލާފަށް ނެރުއްވާފައިވާ އަމުރެއްކަމަށް ކަނޑައަޅުއްވައިދެއްވައި ޙުސައިން ވިސާމްގެ ބަންދާ މެދު ގޮތެއް ކަނޑައެޅުމަށްޓަކައި 03 (ތިނެއް) ދުވަހުގެ ތެރޭގައި ކޯޓަށް ހުށަހެޅުމުން އަލުން ގޮތެއް ކަނޑައެޅމުމަށް އަމުރުކޮށްދެއްވައި، ކޯޓޫން ބަންދާމެދު ގޮތެއް ކަނޑައަޅުއްވަންދެން އޭނާ ބަންދުކުރުމަށް އަމުރުކޮށްދެއްވުން އެދެމެވެ. " މިފަދައިންނެވެ.

އިސްތިއުނާފރައްދުވު ފަރާތުން ފާހަގަކުރިކަންކނަ

26ޙުސައިން ވިސާމް ހައްޔަރުކުރުމަށްފަހު، ދެފަހަރެއްގެ މަތިން ބަންދުގެ މުއްދަތު އިތުރުކުރި ކަމާއި، ދެވަނަ ފަހަރަށް ބަންދުގެ މުއްދަތު އިތުރު ކޮށްފައިވަނީ ފުރަތަމަ ބަންދުގެ މުއްދަތު އިތުރު ކުރި ފަނޑިޔާރު ނޫންކަމަށާއި، މިބާވަތުގެ މައްސަލަތަކުގައި ކޯޓުން ބަންދުގެ މުއްދަތު ކަނޑައެޅުމުގައި، ބިނާވަނީ، މައްސަލައިގެ ތަޙުޤީޤު ކުރިއަށްދާ މިންވަރެއްގެ މައްޗަށްކަމާއި، ލިބޭ ހެކިތަކެއްގެ މައްޗަށް ރިޢާޔަތްކޮށް އަދި ފުލުހުންގެ ފަރާތުން ހުށަހަޅާ ކަންތައްތަކެއްގެ މައްޗަށް ބިނާކޮށް ބަންދުގެ މުއްދަތާ ގުޅޭ ނިންމުންތައް ބިނާވާކަ މަށް ޙުސައިން ވިސާމްގެ ފަރާތުން ފާހަގަކޮށްފައިވެއެވެ.

27ފުލުހުންގެ ފަރާތުން ބަންދުގެ މުއްދަތު އިތުރު ކުރަށް ހުށަހެޅި ފޯމުތަކުގައި، ބަންދުކޮށްފައިވާ ސަބަބު ބަޔާންކޮށްފައިވާކަމާއި، 13 ނޮވެންބަރު 2025 ގައި މުޖުތަމަޢުގެ ސަލާމަތަށް ނުރައްކާވެދާނެކަމަށް ފެންނާނެތީއާއި، ހެއްކަށް ނުފޫޒު ފޯރުވަފާނެ ކަމަށް ފެންނާތީ ކަމަށް ބަޔާންކޮށްފައިވާކމަށަ ޙުސައިން ވިސާމްގެ ފަރާތުން ފާހަގަކޮށްފައިވެއެވެ.

28ޝަރީޢަތް ނިމެންދެން ބަންދުކޮށްދިނުމަށ އެދުން ފޯމުގައި ފުލުހުން ހަވާލާދީފައިވާ ޤާނޫނީ ނައްސުތަކާ ކޯޓު އަމުރުގައި ބަޔާންކޮ ށްފައިވ ޤާނޫނާ ނައްސުތަކަށް ބަލާއިރު، ދެވަނަ ފަހަރަށް ބަންދުގެ މުއްދަތު އިތުރުކުރުމުގައިވެސް، ފާހަގަކޮށްފައިވަނީ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކާވުން އެކަނިކަމާއި، މުޖުތަމަޢުގެ ސަލާމަތަށް ނުރައްކާވާކަން ކަނޑައެޅުމުގައި ބަލަންޖެހޭ ކަންކަން ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 13 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާކަމާއި، އެ މާއްދާގެ ދަށުން ފާހަގަކުރެވޭ ކަންކަން އޭނާގެ ހުރިކަމަށްވާނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކާވުމުގެ އިހުތިމާލު އޮންނާނެ ކަމަށް ޙުސައިން އިސްތިއުނާފުކުރުމަށް ހުށަހަޅާ ފޯމުގެ 09 ވަނަ ޞަފްހާ ވިސާމް ފާހަގަކޮށްފައިވެއެވެ. ނަމަވެސް މި މައްސަލައިގައި ޙުސައިން ވިސާމްގެ މައްޗަށް މިފަދަ އިހްތިމާލެއް ނެތްކަމަށް ދެކޭކަމަށް ޙުސައިން ވިސާމްގެ ފަރާތުން ފާހަގަކޮށްފައިވެއެވެ.

29މިބާވަތުގެ މައްސަލަތަކުގައި ބަންދުގެ މުއްދަތު އިތުރުކުރުމުގައި މައިގަނޑު ގޮތެއްގައި ބިނާވަނީ ފުލުހުންގެ ތަޙުޤީޤު ޑިވެލޮޕްވަމު ން ދާވަރަކަށް ކަމާއި، ލިބިފައިވާ ހެއްކާ ތުހުމަތުކުރެވޭ ފަރާތާ ގުޅުވާލެވޭ ވަރަށް ބަލައިގެންކަމަށާއި، ފުރަތަމަ ބަންދުގެ މުއްދަތުގައި ހުރިހާ ހެކިތައް ހޯދާ ބަލައި އެކަށިގެންވާ މިންވަރެއްގެ ހެކިތަކެއް ހުށަހެޅުމަކީ އޮންނާނެ ފުރުސަތަކަށް ނުވާތީވެ، ފުރަތަމަ ހުށަހެޅޭ ހިސާބުން ބަލަނީ އެމީހާގެ ފުށުން ހެއްކަށް ނުފޫޒު ފޯރުވުމުގެ އިހްތިމާލެއ ނުވަތް މުޖުތަމައުގެ ސަލާމަތަށް ނުރައްކާވުމުގެ ފުރުސަތު އޮވެދާނެކަމަށް ބެލެވޭ ކަމަށް ކަނނޑައަޅުއްވަނީ ކަމަށް ޙުސައިން ވިސާމް ފާހަގަކުރެއެވެ. އަދި ހެކިތައް ލިބެމުންދާ ވަރަކަށް ހެއްކާ އެމީހާއާ ގުޅުވޭ މިންވަރާއި ތުހުމަތު ދެމިއޮތީ ކިހާ މިންވަރަކަށް ކަމާއި އެމީހާ ކުށުގައި ބައިވެރި ވަނީ ކޮން ގޮތަކަށްކަމާއި، އެމީހާގެ ދައުރަކީ ކޮބައިކަން ކަމަށް ޙުސައިން ވިސާމްގެ ފަރާތުން ފާހަގަކޮށްފައިވެއެވެ.

30ޖިނާއި އިޖުރާއަތުގެ ގަވާއިދުގެ 13 ވަނަ މާއްދާގެ (ނ) ގައި މުޖުތަމައުގެ ސަލާމާތަށް ނުރައްކާވޭތޯ ކަނޑާއަޅާނެ މިންގަނޑު ވަޒަންކުރެވޭ ހަ ކަމެއް ބަޔާންކޮށްފައިވާކަމާއި، ޙުސައިން ވިސާމްގެ މައްޗަށް މިފަދަ ކަމެއް ފާހަގަނުވާކަމާއި، ފަނޑިޔާރުވެސ މިކަންކަން ވަޒަންކުރުމަށްފަހު ބަންދުން ދޫކުރުމަށް ނިންމާފައިވާކަމާއި، މިކަން ސާފުކޮށް ބަޔާންކޮށްފައިވާކަމަށް ޙުސައިން ވިސާމް ފާހަގަކޮށްފައިވެއެވެ.

31ބަންދުން ދޫކޮށްފައިވަނީ ހަރުކަށި ޝަރުޠުތަކެއް ކުރުމަށްފަހުގައިކަމަށާއި، ޙުސައިން ވިސާމް ދޫކުރުމުން ނިކުންނާނެ ނަތީޖާ ކަމަށް ދައުލަތުން ފާހަގަކުރާ ފަދަ އެއްވެސް ކަމެއް އޭނާ ދޫވެފައިވާ މުއްދަތުގައިވެސް ވެފައިނުވާކަމާއި، ޙުސައިން ވިސާމް 8 ޑިސެންބރަ 2025 އިން ފެށިގެން ބަންދުން ދޫވެފައިވކަމަށާ ވެސް ޙުސައިން ވިސާމް ފާހަގަކޮށްފައިވެއެވެ.

32ޙުސައިން ވިސާމްއަކީ މީގެ ކުރިން މިފަދަ މައްސަލައެއްގައި ތުހުމަތުކުރެވުނު މީހެއް ނޫންކަމާއި، އޭނާއަކީ އަބުރުވެރ ވަޒީފާއެއްގައި އުޅެމުންދިޔަ ފަރާތެއް ނަމަވެސް، ވަޒީފާގެ ހައިސިއްޔަތުން ނުފޫޒެއް ފޯރުވާ މައްސަލައާ ގުޅުންހުރި ފަރާތަކަށް ނުފޫޒު ފޯރުވޭފަދަ މަގާމެއްގައި ހުރި މީހެއް ނޫންކަމާއި، މި މައްސަލައިގައި ޙުސައިން ވިސާމްގެ މައްޗަށް ތުހުމަތުކުރެވުނު މައްސަލައިގައި މަސްތުވާތަކެތި ފެނުނު ކރަކާ، ހަމައެކަނި ޙުސައިން ވިސާމް ދުއްވާ ކާރެއް ނޫންކަމާއި، އެ ކާރަކީ ޙުސައިން ވިސާމްގެ ކާރެއްވެސް ނޫންކަމާއި، އެކާރަކީ ދުވަހު ކުއްޔަށް އެކި މީސްމީހުންނަށް ދޫކުރަމުންދިޔަ ކާރެއްކަމަށާއި، މިކަންކަމުގެ މައްޗަށް އެންމެ ފުރަތަމަ ބަންދުގެ މުއްދަތު އިތުރުކުރުމުގައި ރިޢާޔަތްކޮށްފައި ނުވި ނަމަވެސް، އިސްތިއުނާފު ކުރެވިފައިމިވާ އަމުރުގައި މިކަންކަމަށް ރިޢާޔަތްކުރެވިފައިވާކަމަށް ގަބޫލުކުރާކަމަށ ޙުސައިން ވިސާމްގެ ފަރާތުން ފާހަގަކޮށްފައިވެއެވެ.

33ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 13 ވަނަ މާއްދާގެ (ހ) ގައި ކުށުގެ ތުހުމަތުގައި ބަންދުގައި ހުންނަ މީހަކު ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ށ)، (ބ) އަދި (ޅ) ގެ ދަށުން ބަންދުގައި ބެހެއްޓުމަށް އަމުރުކުރުމުގައި 60 ވަނަ މާއްދާގެ (ށ) ގެ 1 ވަނަ ނަންބަރުގެ ދަށުން ތުހުމަތު ރުކުރެވު މީހާ މައްސަލައިގެ ހެކި ފޮރުވުމަށް ނުވަތަ ހެކިބަސްދޭން ހުރި މީހަކަށް ނުފޫޒު ފޯރުވަން މަސައްކަތް ކޮށްފނ ކަމަށެ ބެލުމުގައި ބަލަންވާނާ ހަތަރު ކަންތައް ބަޔާންކޮށްފައިވާއިރު، މި މައްސަލައިގެ ތަޙުޤީޤުގައި ކުރިއަށް ކުރަންހުރި ކަންތައްތައް ކަމަށް ފުލުހުން ފާހަގަކޮށް ފައިވަނީ ރިޕޯޓުތައް ނުލިބިގެން ރިޕޯޓުތައް ހޯދުމުގެ މަރުހަލާ ކަމަށާއި، މިއީ ޙުސައިން ވިސާމްގެ ފަރާތުން ނުފޫޒު ފޯރުވުމަށް ނުވަތަ އެކަން ހުއްޓުވުމަށް އެއްވެސް ކަމެއް ކުރެވޭނެ ކަމެއް ނޫންކަމަށާއި، މި މައްސަލައިގައި ހެކިބަސް ދޭން ތިބީ ކޮނބައެއްކަން ޙުސައިން ވިސާމްއަށް ނޭނގޭކަމަށާއި، ފުލުހުންގެ ފަރާތުން މިކަހަލަ ކަމެއް ހާމަކޮށްފައިނުވާކަމަށާއި، މިހާލަތުގައި އެއްވެސް ފަރާތަކަށް ނުފޒެއޫ ފޯރުވުމުގެ އިހުތިމާލެއ އޮތްކަމަށް ގަބޫލުނުކުރެވޭކަމަށައި، ޙުސައިން ވިސާމްގެ ފަރާތުން ފުލުހުންނަށް އެއްބާރުލުން ދޭކަމާއި، ޙުސައިން ވިސާމްގެ ބަޔާންވެސް ފުލުހުން ނަގާފައިވާކަ މާއި، ޙުސައިން ވިސާމްއަކީ ސިވިލް ސަރވިސް ވަޒީފާއެއްގައި އުޅޭ މީހެއްކަމާއި، އަބުރުވެރި މަގމެއްގައ ހުރި ނަމަވެސް، ޙުސައިނާ ވިސާމްއަކީ މީހަކަށް ނުފޫޒެއް ފޯރުވުމުގެ އިހުތިމާލު އޮތް ފަރާތެއް ނޫންކަމާއި، އެފަދަ މަގާމެއް ގައިވެސް އުޅޭ މީހެއް ނޫންކަމަށާއި، އިސްވެ ބުނެވުނު ކަންކަމުގެ މައްޗަށް ފުރިހަމައަށް މި އަމުރު ނެރުމުގައި ރިޢާޔަތްކޮށްފައިވާކަމަށް ޙުސައިން ވިސާމް ފާހަގަކުރެއެވެ. އިސްތިއުނާފު ކޮށްފައިމިވާ އަމުރަކީ، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ ދަށުން ލިބިފައިވާ އިޚްތިޔރުގާ ދަށުން ނެރެފައިވާ އަމުރެއްކަމަށާއި، މި އަމުރު ގައި ޤާނޫނީ ގޮތުން ފުށުއަރާ ކަމެއް ނެތްކަމަށް ޙުސައިން ވިސާމް ފާހަގަކޮށްފައިވެއެވެ.

34ދައުލަތުން ފާހަގަކުރާ ސަބަބު ޙުސައިން ވިސާމްގެ މައްޗަށް އޮތްކަމަށް ގަބޫލުނުކުރާކަމާއި، ދެވަނަ ފަހރަށަ ބަންދުގެ މުއްދަތު އިތުރުކުރުމަށް ހުށަހެޅިއިރު ފުލުހުން ހުށަހެޅި ހުށަހެޅުމަށް ބަލާއިރުވެސް، ފުލުހުންގެ ފަރާތުން ބަންދުކުރުމަށް އެދޭ ސަބަބުގައި ބަޔާންކޮށްފައިވާއިރު، ދެ ސަބަބު އޭގެ ޒާތުގައި އޮތްކަމަށް ފުލުހުން ބަޔާންކޮށްފައި ނުވާކަމަށާއި، ބަޔާންކޮށްފައިވަނީ މި މައްސަލައިގައި މީނާ ދުކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށް ހުރަސްއެޅިދާނެ ކަމަށާއި، ހެއްކަށް ނުފޫޒު ފޯރުވުމުގެ އިހުތިމާލޯ އޮތްކަމަށް ބުނެ ހުށަހަޅާފައިނުވާކަމަށް ޙުސައިން ވިސާމް ފާހަގަކޮށްފައިވެއެވެ.

35ފަނޑިޔާރުގެ ނިންމުން ބިނާކޮށްފައިވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނަށ ރިޢާޔަތްކޮށްގެންކަން އެ އަމުރުގައި ސާފުކޮށް ބަޔާންކޮށްފައިވާކަ މަށް ޙުސައިން ވިސާމް ފާހަގަކޮށްފައިވެއެވެ.

އިސްތިއުނާފރައްދުވު ފަރާތުން އެދޭގޮތް

36އިސްތިއުނާފުކޮށްފައިމިވ އަމުރަކާ ޤާނޫނީ އެއްގޮތަށް ނެރެފައިވާ އަމުރެއްކަމަށް ޙުސައިން ވިސާމްގެ ފަރާތުން ދެކޭތީ މި އަމުރު ދަމަހައްޓައިދިނުމަށ ދަށުކޯޓުން އެދިފައިވެއެވެ.

ޝަރީޢަތަށް ފާހަގަކުރެވޭ ކަންތައްތައް

37މި މައްސަލައަކީ، ޙުސައިން ވިސާމް ބަންދުގައި ބެހެއްޓުމަށް ދެފަހަރެއްގެ މަތިން ދަށުކޯޓުން އަމުރުކުރުމަށްފަހު، އޭނާ ބަންދުން ދޫކޮށްލުމަށް އަމުރުކުރި އަމުރާ ގުޅޭ މައްސަލައެކެވެ. މި އިސްތިއުނާފަކީ، އޭނާ ބަންދުން ދޫކޮށްލުމަށް އަމުރުކުރި އަމުރުގައި އޭނާ ދޫކޮށްލަން އަމުރުކުރީ ކީއްވެކަން ބަޔާންކޮށްފައި ނެތުމުން އެ ނުކުތާގެ މައްޗަށްބިނާކޮށް ހުށަހަޅާފައި އޮތް އިސްތިއުނާފެކެވެ.

38HN1ސުވާލަކީ، ކޯޓު އަމުރެއްގެ ދަށުން މީހަކު ބަންދުކުރުމަށް ނިންމައި، އެ މީހާގެ މިނިވަންކަން ހިފެހެއްޓުމަށްފަހު، އެ ނިންމުން ބަދަލުވީ ސަބަބު ބަޔާންނުކޮށް، އޭގެ ފަހުން ނެރޭ ކޯޓު އަމުރުއްގެ ދަށުން، އެ މީހާ ޝަރުޠުތަކާއެކު ނަމަވެސް ބަންދުން ދޫކޮށްލުމަށް ނިންމައި، އެ މީހާއަށް އަނބުރާ މިނިވަންކަން ދެވިދާނެ ހެއްޔެވެ؟ ސުވާލަކީ، މި މައުޟޫއުގައި މީގެ ކުރިން މަތީ މަރުޙަލާގެ ކޯޓުތަކުން ގޮތް ކަނޑައަޅާފައިވާކަން އެނގނ ނެތް ހެއްޔެވެ؟

39ދައުލަތުން މި އިސްތިއުނާފުގައި ފާހަގަކުރި މަތީ މަރުޙަލާގެ ކޯޓުތަކުގެ ނިންމުންތަކުން ބުނެވިދިޔަ ސުވާލުތަކުގެ ޖަވާބު ސާފުކޮށް ލިބެން އޮތްކަން އަހުރެންނަށް ފާހަގަކުރެއެވެ. އެހެންކަމުން، އެ ޤަޟިއްޔާތަކުގެ ވާހަކަ އަލުން ލިޔެ ތަކުރާރުކުރުމުގެ ބޭނުމެއް މިހިނދު ނެތްކަން އަހުރެންނަށް ފާހަގަކުރެވެއެވެ.

40ދައުލަތުން ފާހަގަކުރާ ޤަޟިއްޔާތަކުގައި ކަނޑައަޅާފައިވާ ގޮތަކީ ނުވަތަ އުޞޫލަކީ ކޮބައިތޯ ބަލާއިރު، އެ ގޮތަކީ ނުވަތަ އުޞޫލަކީ ކޯޓު އަމުރެއްގެ ދަށުން މީހަކު ބަންދުކުރުމަށް ނިންމައި އެ މީހާގެ މިނިވަންކަން ހިފެހެއްޓުމަށްފަހު، އެ ނިންމުން ބަދަލުވި ސަބަބު ބަޔާންނުކޮށް، އޭގެ ފަހުން ނެރޭ ކޯޓު އަމުރެއްގެ ދަށުން އެ މީހާ ޝަރުޠުތަކާއެކު ނަމަވެސް ބަންދުން ދޫކޮށްލުމަށް ނިންމައި، އެ މީހާއަށް އަނބުރާ މިނިވަންކަން ނުދެވޭނެކަމަށް ބަޔާންކުރާކުރުންކަނ އަހުރެންނަށް ފާހކުރެވެއެވަ . ނުކުތާއަކީ، ސަބަބު ބަޔާންކުރަން ޖެހޭނެކަމެވެ.

41ބުނެވިދިޔަ އުޞޫލާމެދު އެއްބަސް ނުވެވޭކަމަށ ބުން އެ މޭރުމުންޙުސައިން ވިސާމްގެ ފަރާތުން އެއްވެސް ކަމެއް މި އިސްތިއުނާފުގައި ފާހަގަކޮށްފައިނެތްކަން އެނގެއެވެ.

42އެހެންކަމުން، މި ޤަޟިއްޔާގައި އެ ސުވާލެއްގެ ޖަވާބު ހޯދަންޖެހޭ ހަމައެކަނި ސުވާލަކަށް އޮތް ސުވާލަކީ، ޙުސައިން ވިސާމް ބަންދުން ދޫކޮށްލުމަށް ކުރި އަމުރުގައި ސަބަބު ލިޔެ ބަޔާންކޮށްފައި އޮތްތޯ ނުވަތަ ނެތްތޯ އޮތް ސުވާލުކަމުގައި އަހުރެން ދެކެމެވެ.

43ބުނެވިދިޔަ ސުވާލުގެ ޖަވާބު ހޯދުމަށް ރުޖޫޢުވާންޖެހެނީ އިސްތިއުނާފުކޮށްފައި އޮތް ކޯޓު އަމުރަށެވެ. އެ އަމުރުގައި ޙުސައިން ވިސާމް ބަންދުން ދޫކޮށްލުމަށް އަމުރުކުރި ސަބަބުކަމަށް ބަޔާންކޮށްފައި އޮތީ: "މީނާ މިވަގުތު އިތުރަށް ބަންދުގައި ބަހައްޓަންޖެހޭ މަސްލަޙަތެއް އޮތްކަމަށް ނުފެންނާތީ، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ހ)ގެ 4 ވަނަ ނަންބަރާއި، އެ މާއްދާގެ (ރ)ގެ 2 ވަނަ ނަންބަރުގެ ދަށުން ޝަރުތުކޮށް ދޫކޮށްލުމަށް" މިފަދައިންނެވެ.

44HN2ބުނެވިދިޔަ ޢިބާރާތަށް ބަލާއިރު އެ ޢިބާރާތުގެ ފުރަތަމަ ބައިގައި އޮތީ "މީނާ މިވަގުތު އިތުރަށް ބަންދުގައި ބަހައްޓަންޖެހޭ މަސްލަޙަތެއް އޮތްކަމަށް ނުފެންނާތީ" މިފަދައިންނެވެ. ދެވަނަ ބައިގައި އޮތީ ޤާނޫނީ ނައްޞުތަކަކަށް ދީފައިވާ ޙަވާލާއެކެވެ. މިއީ ސަބަބެއްތޯއެވެ؟ ނުވަތަ މިއީ ނިންމުމެއްތޯއެވެ؟

45އަހުރެންނަށް ޤަބޫލުކުރެވޭ ގޮތުގައި، އެ ޢިބާރާތުގައި ބަޔާންކޮށްފައި އޮތީ ސަބަބެއް ނޫނެވެ. އެއީ ނިންމުމެކެވެ. އެ ނިންމުމަކީ، އޭނާ އެ ވަގުތު އިތުރަށް ބަންދުގައި ބަހައްޓަންޖެހޭ މަޞްލަޙަތެއް އޮތްކަމަށް ނުފެނުމެވެ. އެއީ ސަބަބެއް ނަމަ، އެންމެ ކުޑަމިނުން، އޭނާ އެ ވަގުތު އިތުރަށް ބަންދުގައި ބަހައްޓަންޖެހޭ މަޞްލަޙަތެއް އޮތްކަމަށް ނުފެނުނީ ކީއްވެކަން ބަޔާންކުރެވިފައި އޮންނާނެއެވެ. ނަމަވެސް، އެ ޢިބާރާތުގައި އެކަން ބަޔާންކޮށްފައި އޮތްކަން އެނގޭކަށް ނެތެވެ. އެނގެން އޮތްކަމަކީ، ކީއްވެކަން ބަޔާންކުރުމެއްނެތި ނިންމުން ބަޔާންކޮށްފައި އޮތްކަމެވެ. އެ ޢިބާރާތުން އެނގޭކަމަކީ، ފަނޑިޔާރު ނިންމީ ކޮންކަމެއްކަމެވެ. އެ ޢިބާރާތުން އެނގެން ނެތްކަމަކީ އެ ނިންމުން ނިންމީ ކީއްވެކަމެވެ. އަހުރެންނަށް ބުރަވެވޭ ގޮތުގައި، ފަނޑިޔާރުގެ ދައުރަކީ ނިންމި ނިންމުމުގެ ސަބަބު ބަޔާންނުކޮށް ނިންމުމެއް އިޢުލާނުކުރުމެއްނޫނެވެ.

46HN3އަހުރެންނަށް ޤަބޫލުކުރެވޭ ގޮތުގައި، އެ ޢިބާރާތުގައި ބަޔާންކޮށްފައި އޮތީ ސަބަބެއް ނޫނެވެ. އެއީ ނިންމުމެކެވެ. އެއީ ސަބަބެއް ނަމަ، ބަންދާމެދު ގޮތް ކަނޑައެޅުމުގައި ފަނޑިޔާރު ތަޠުބީޤުކުރަންޖެހޭ ޤާނޫނީ ޓެސްޓް ތަޠުބީޤުކޮށް ނިންމުމަށް ވާޞިލުވީ ގޮތް ފެންނަން އޮންނާނެއެވެ. ޙުސައިން ވިސާމުގެ މައްޗަށް ތުހުމަތު ކުރެވުނު ކުށް އޭނާ ކުރިކަމަށް އެކަށީގެންވާ މިންވަރުގެ ހެކި ހުރިކަމަށް ކުރިން ނެރުނު އަމުރުތަކުގައި ބަޔާންކުރިކުރުން މިހާރު ކޮބައިތޯ؟ އެއަށް ވީ ކިހިނެތްތޯ؟ ބަނދުގައް ބަހައްޓަންޖެހޭ އިސްތިސްނާ ޙާލަތު އޮތްކަމަށް ކުރިން ބަޔާންކުރިކުރުން މިހާރު ކޮބައިތޯ؟ އެއަށް ވީ ކިހިނެތްތޯ؟ ބަންދުން ދޫކުރި ސަބަބުކަމަށް ދަށުކޯޓުގެ ފަނޑިޔާރު ބަޔާންކޮށްފައިވާ ޢިބާރާތުގައި އެއިންކަމެއް ވަޒަންކޮށްފައި އޮތްކަމެއް ނުވަތަ ނެތްކަމެއްވެސް ފެންނަން ނެތެވެ. ފެންނަން އޮތީ ތަޠުބީޤުކުރަންޖެހޭ ޤާނޫނީ ޓެސްޓް ތަޖާހުލުކޮށްލެވިފައ އޮތި ތަނެވެ.

47އަހުރެންނަށް ޤަބޫލުކުރެވޭ ގޮތުގައި، އެ ޢިބާރާތުގައި ބަޔާންކޮށްފައި އޮތީ ސަބަބެއް ނޫނެވެ. އެއީ ނިންމުމެކެވެ. އެއީ ސަބަބެއް ނަމަ، ފަނޑިޔާރު ކުރިން ނިންމި ނިންމުންތަކުގައި އެކަށީގެންވާ މިންވަރަށް ހެކި ހުރިކަމަށާއި އިސްތިސްނާ ޙާލަތު އޮތްކަމަށް ބަޔާންކުރިކުރުން ފަހުން ނުހިނގަނީ ކީއްވެކަން ބަޔާންކޮށްފައި އޮންނާނެއެވެ. ބަންދުން ދޫކުރި ސަބަބުކަމަށް ދަށުކޯޓުގެ ފަނޑިޔާރު ބަޔާންކޮށްފައިވާ ޢިބާރާތުގައި އެކަމަށް އިޝާރާތެއް ކޮށްފައެއްނެތެވެ. އެކަން އަލުން ވަޒަންކޮށްފައެއްނެތެވެ. އެކަން ބަދަލުވިކަމަށް ބަޔާންކޮށްފައެއްނެތެވެ. ފެންނަން އޮތީ އެކަންކަން އިހުމާލުކޮށްލެވިފައ އޮތި ތަނެވެ.

48އަހުރެންނަށް ޤަބޫލުކުރެވޭ ގޮތުގައި، އެ ޢިބާރާތުގައި ބަޔާންކޮށްފައި އޮތީ ސަބަބެއް ނޫނެވެ. އެއީ ނިންމުމެކެވެ. އެއީ ސަބަބެއް ނަމަ، ޙުސައިން ވިސާމް ބަންދުގައި ބެހެއްޓުމުގެ މަޞްލަޙަތު އޮތްކަމަށް ފަނޑިޔާރަށް ނުފެނުނީ ކީއްވެކަން ކޮންމެވެސް މިންވަރަކަށް ބަޔާންކޮށްފައި އޮންނާނެއެވެ. ބަންދުން ދޫކުރް ސަބަބުކަމަށް ދަށުކޯޓުގެ ފަނޑިޔާރު ބަޔާންކޮށްފައިވާ ޢިބާރާތުގައި މަޞްލަޙަތު އޮތްކަމަށް ނުފެނުނުގޮތެއް ނުވަތަ ސަބަބެއް ބަޔާންކޮށްފައެއްނެތެވެ. ފެންނަން އޮތީ އެ ބައި އިހުމާލުކޮށްލެވިފައ އޮތި ތަނެވެ.

49HN4އަހުރެންނަށް ޤަބޫލުކުރެވޭ ގޮތުގައި، އެ ޢިބާރާތުގައި ބަޔާންކޮށްފައި އޮތީ ސަބަބެއް ނޫނެވެ. އެއީ ނިންމުމެކެވެ. އެއީ ސަބަބެއް ނަމަ، އޭގެ މައްޗަށް ބަލައި ފަނޑިޔާރު އިޚްތިޔާރު ބޭނުންކުރީ ޤާނޫނީ ހަމައިންކަނ ނުވަތް ނޫންކަން މި ކޯޓަށް ވަޒަންކުރެވުނީހެވެ. ބަންދުން ދޫކުރި ސަބަބުކަމަށް ދަށުކޯޓުގެ ފަނޑިޔާރު ބަޔާންކޮށްފައިވާ ޢިބާރާތަ ށ ބަލައިގެން ފަނޑިޔާރް އިޚްތިޔާރު ބޭނުންކޮށްފައި އޮތީ ރަނގަޅަށްކަން ނުވަތަ ނޫންކަންވެސް ދަނެގަނެވޭނެ ގޮތެއް ފެންނަންނެތެވެ. ފެންނަން އޮތީ ފަނޑިޔާރު އިޚްތިޔާރު ބޭނުންކުރިގޮތް މުރާޖާކުރުން މިހާރު މުސްތަޙީލުކަމަކަށް ވެފައި އޮތް ތަނެވެ.

50އިސްވެ ދިޔަ ސަބަބުތައް އެހެންހުރުމުން، އިސްތިއުނާފުކުރެވިފައިވާ ކޯޓު އަމުރު ބާޠިލުކުރަންޖެހޭކަމަށް އަހުރެންނަށް ގަބޫލުކުރެވެއެވެ.

ނިންމަން ފެންނަގޮތް

51ހައްދުންމަތީ ގަމު މެޖިސްޓްރޭޓް މެޖިސްޓެރޭޓ ކޯޓުގް ނަންބަރު CA/129/2025-659 ކޯޓު އަމުރު ބާޠިލުކުރަންޖެހޭކަމަށް ދެކެމެވެ.

52މިއަދުން ފެށިގެން 07 (ހަތެއް) ދުވަހުގެ ތެރޭގައި ޙުސައިން ވިސާމްގެ ބަންދާމެދު ގޮތެއް ކަނޑައެޅުމަށް ހައްދުންމަތީ ގަމު މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅައިފިނަމަ، މި ޤަޟިއްޔާގައި ބަޔާންކޮށްފައިވާ ކަންކަމަށް ރިޢާޔަތްކޮށް، ގިނަވެގެން މަސައްކަތު 5 (ފަހެއް) ދުވަހުގެ ތެރޭގައި އޭނާގެ ބަންދާމެދު ގޮތެއް ކަނޑައެޅުމަށް ހައްދުންމަތީ ގަމު މެޖިސްޓްރޭޓް ކޯޓަށް އަންގަން ފެނެއެވެ.

ފަނޑިޔާރު ފާޠިމަތު ފަރްހީޒާގެ ރައާ ޔު

53އަހުރެނ ފަނޑިޔާރް ޙަސަނު ޝަފީޢުގެ ރައުޔަށް ތާއީދުކުރަމެވެ.

ފަނޑިޔާރު ޢަބްދުﷲ ޖަމީލް މޫސގެ ރައާ ޔު

54އަހުރެނ ފަނޑިޔާރް ޙަސަނު ޝަފީޢުގެ ރައުޔަށް ތާއީދުކުރަމެވެ.

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

ޝަރީޢަތުގެ ވީޑިއޯ

ހައިކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޝެއަރ ކުރައްވާ