ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
2026/HC-B12/22

ނައިޑް އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް

ދަށުކޯޓުގެ ނިންމުން ބާޠިލު
ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރެވޭނެ މުއްދަތު ހަމަވާނީ 26 ޑިސެމްބަރު 2026ޙުކުމުގެ ހާލަތު
ހައިކޯޓު · 27 އޮކްޓޫބަރު 2026ދަށު ކޯޓު: ކްރިމިނަލް ކޯޓު 145-J/2026/13ބާވަތް: ޖިނާއީ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
ކްރިމިނަލް ކޯޓު 145-J/2026/13
ފަހުގެ ތާރީޚު
ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް

ކޯ ޓާމްސް

ޚުލާޞާ

ކޯޓަށް އައި ގޮތް
ކްރިމިނަލް ކޯޓުން 'އަމިއްލަ މީހުން ފޮނުވާ މެއިލްގެ ޖަވާބު' އިން އަންގާފައިވަނީ، ތަޙުޤީޤު ނިމިފައިވާކަން ފުލުހުން ކޯޓަށް އަންގާފައިނުވާތީ ހިފަހައްޓާފައިވާ ފައިސާ ދޫނުކުރެވޭނެކަމަށާއި ކަމާބެހޭ އިދާރާތަކުގައި ދަންނަވައިގެން ކުރިއަށް ގެންދިއުމަށެވެ.
ވާޤިޢާ
ޤާނޫނާ ޚިލާފަށް ބޭރު ފައިސާގެ ވިޔަފާރިކޮށް މަނީ ލޯންޑަރިންގެ ޢަމަލުތައް ހިންގާފައިވާކަމުގެ ތުހުމަތުގައި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 72 އަދި 73 ވަނަ މާއްދާގެ ދަށުން ކުންފުންޏެއްގެ ބޭންކް އެކައުންޓުތައް ހިފަހައްޓައި މުޢާމަލާތްކުރުން ހުއްޓުވުމަށް ކްރިމިނަލް ކޯޓުން އަމުރުކުރިއެވެ. ކުންފުނިން އެ އަމުރު ނިމުމަކަށް ގެނައުމަށް އެދި ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ ފޯމު އީމެއިލުން ހުށަހެޅިއެވެ.
ކޯޓުން ނިންމަން ޖެހުނު ސުވާލު
ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 73 ވަނަ މާއްދާގެ ދަށުން ބޭންކް އެކައުންޓުތައް ހިފެހެއްޓުމުގެ އަމުރު ނިމުމަކަށް ގެނައުމަށް އެދުމުން ދިން ޖަވާބު އިސްތިއުނާފުކުރެވޭތޯ އަދި އިސްތިއުނާފުގެ މުއްދަތު؛ އަދި ހުށަހެޅުންތަކަށް ބަލައި ސަބަބު ބަޔާންކުރުމަކާނުލައި ދިން އެ ޖަވާބު ޤާނޫނީ ގޮތުން ޞައްޙަތޯ.
ޚަޞްމުންގެ ހުށަހެޅުންތައް
އިސްތިއުނާފުކުރި ފަރާތުން ބުނީ ނިންމުމަކީ ޤާނޫނާއި ސުޕްރީމް ކޯޓުގެ ސާބިޤާތަކާއި މަބްދަޢުއް ޝަރުޢިއްޔާއާ ޚިލާފު، ސަބަބު ބަޔާންނުކުރާ ނިންމުމެއްކަމަށެވެ. ދައުލަތުން ބުނީ އަސްލު އަމުރު އިސްތިއުނާފުކުރުމުގެ 10 ދުވަހުގެ މުއްދަތު ހަމަވެފައިވާތީ އިސްތިއުނާފު ބަލައިނުގަނެވޭނެކަމަށާއި، ގަވާއިދުގެ 42 ވަނަ މާއްދާގެ ޝަރުޠު ފުރިހަމަނުވާކަމަށާއި ނިންމުމުގައި ސަބަބު ބަޔާންކޮށްފައިވާކަމަށެވެ.
ކޯޓުގެ ސަބަބުތައް
އަމުރު ނިމުމަކަށް ގެނައުމަށް އެދުމަކީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 73 ވަނަ މާއްދާގެ (ޅ) ން ލިބިދޭ ޙައްޤެއް ކަމަށާއި، އެކަމުގައި ނިންމާ ނިންމުން 10 ދުވަހުގެ ތެރޭގައި އިސްތިއުނާފުކޮށްފައިވާތީ އިޢުތިރާޟު ބަލައިނުގަނެވުނެވެ. ހުށަހެޅުންތަކަށް އެކަށީގެންވާ ގޮތެއްގައި ބަލައި ސަބަބު ބަޔާންކޮށްފައިނުވާތީ، މައުޟޫޢަށް ނުވަދެ ނިންމުން ބާޠިލްކޮށް މައުޟޫޢީ ގޮތުން ބެލުމަށް ތަޙުވީލުކުރެވުނެވެ.

ނިންމުން

ދަށުކޯޓުގެ ނިންމުން ބާޠިލު

ދަށުކޯޓުގެ ނިންމުން ބާޠިލު، އަލުން ބެލުމަށް ކްރިމިނަލް ކޯޓަށް ތަޙުވީލުކުރި؛ ދައުލަތުގެ އިޖުރާއީ އިޢުތިރާޟު ބަލައިނުގަނެވި

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

HN1 ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 73 ވަނަ މާއްދާގެ ދަށުން އެކައުންޓު ފްރީޒްކުރުމަށް ނެރޭ އަމުރު ނިމުމަކަށް ގެނައުމަށް އެދި ހުށަހެޅުމުގެ ޙައްޤު ކުށުގެ ތުހުމަތުކުރެވޭ ފަރާތަށް ލިބިގެންވާކަން އެ މާއްދާގެ (ޅ) އިން އެނގެއެވެ. އެކައުންޓު ފްރީޒްކުރުމަށް ނެރޭ ކޯޓު އަމުރު ނިމުމަކަށް ގެނައުމަށް ކޯޓަށް ހުށަހެޅުމަށް ވަކި މުއްދަތެއް ޤާނޫނުގައި އަދި ގަވާއިދުގައި ވެސް ބަޔާންކޮށްފައި ނުވެއެވެ.

HN2 ކޯޓުން ނެރެފައިވާ އަމުރު ނިމުމަކަށް ގެނެސްދިނުމަށް އެދި ހުށަހެޅުމަކީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ ދަށުން ކުށުގެ ތުހުމަތުގައިވާ ފަރާތަށް ލިބިދީފައިވާ ޙައްޤެކެވެ. ކޯޓު އަމުރު ނުވަތަ ނިންމުން މުރާޖަޢާކުރުމަށް ހުށަހަޅާނީތޯ ނުވަތަ އެނިންމުން އިސްތިއުނާފުކުރުމަށް ހުށަހަޅާނީތޯ އެއީ ކުށުގެ ތުހުމަތުގައިވާ ފަރާތް ނުވަތަ އެ އަމުރުގެ މަޞްލަހަތު އޮތް ފަރާތުގެ އިޚްތިޔާރުގައިވާ ކަމެކެވެ. ޤާނޫނުގައި ކަނޑައެޅި ބަޔާންކޮށްފައިވާ އިޖުރާއަތެއްގެ ދަށުން ލިބިދޭ ޙައްޤެއް ބޭނުންކުރުމުގެ ސަބަބުން އެފަރާތަށް ޤާނޫނުން ލިބިދޭ އެހެން ޙައްޤުތައް ބޭނުންކުރުމަށް ހުރަސްއެޅިދާނެ ކަމަށް ޤަބޫލު ނުކުރެވެއެވެ.

HN3 ކޯޓުން ނެރެފައިވާ އެކައުންޓު ފްރީޒުކުރުމުގެ އަމުރެއް ނިމުމަކަށް ގެނައުމަށް/މުރާޖަޢާކޮށް ދިނުމަށް އެދި ހުށަހެޅުމާ ގުޅޭ ގޮތުން ނިންމާ ނިންމުން އިސްތިއުނާފުކުރުމަށް، އެ ނިންމުން ނިންމި ތާރީޚުން ފެށިގެން 10 (ދިހައެއް) ދުވަހުގެ ތެރޭގައި ހުށަހަޅަންޖެހެއެވެ.

HN4 ފަނޑިޔާރު ނިންމާ ނިންމުމަކީ ހެއްކާ ޤަރީނާއަށް ބިނާކޮށް އިންސާފުވެރިކަމާއި އެކުގައި ކުރި ޙުކުމެއް ކަން ކަށަވަރު ކުރެވޭނެ ހަމައެކަނި ގޮތަކީ ޝަރީޢަތުގެ ކުރިމައްޗަށް ހުށަހެޅުނު ހެކިތަކަކީ ކޮބައި ކަމާއި، އެ ހެކިތައް ވަޒަންކުރި ގޮތާއި، އެ ޙުކުމަށް ފަނޑިޔާރު ވާޞިލުވި ސަބަބުތައް ލިޔެ ބަޔާންކުރުމެވެ. ޙުކުމަށް ފަނޑިޔާރު ވާޞިލުވި ސަބަބުތައް ލިޔެ ބަޔާންކޮށްފައި އޮތުމަކީ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ހ) އިން ކަށަވަރުކޮށްދީފައިވާ އިންސާފުވެރި ޝަރީޢަތެއް ކުރެވުމުގެ ޙައްޤުގެ މައިގަނޑު އުންސުރެކެވެ؛ އަދި އެއީ މައްސަލައެއް އެކަށީގެންވާ މިންވަރަކަށް ފަނޑިޔާރު ބަލައިފިކަން ކަށަވަރު ކުރެވޭނެ ވަސީލަތެވެ.

HN5 އިސްތިއުނާފީ ކޯޓަށް ހުށަހަޅާ ބަހުސްތަކާމެދު ގޮތެއް ނިންމޭނީ އެ މައްސަލައެއްގައި ދަށުކޯޓުގެ ފަނޑިޔާރު ވަޒަންކޮށް ނިންމާފައިވާ ނިންމުން ބިނާކޮށްފައިވާ އަސާސަކީ ކޮބައިތޯ ބަލައިގެންނެވެ.

HN6 ދަށުކޯޓަށް ހުށަހެޅި ކަންކަން އެކަށީގެންވާ ގޮތަކަށް ބަލައި ގޮތެއް ނިންމާފައިނުވާނަމަ، އެ ހުށަހެޅުމުގައިވާ ކަންކަމުގެ މައުޟޫޢަށް ވަދެ، އެ ނިންމުމަކީ ޤާނޫނީ އިމުގެ ތެރެއިން ނިންމާފައިވާ ނިންމުމެއް ކަން ނުވަތަ އެނިންމުމުގެ ޝަރުޢިއްޔަތު ފުރިހަމަވޭތޯ އިސްތިއުނާފީ ކޯޓުން ބަލައި ގޮތެއް ކަނޑައަޅާނެ ތަނެއް ނެތެވެ؛ އެފަދަ ނިންމުމެއް ބާޠިލްކޮށް، މައުޟޫޢީ ގޮތުން ބަލައި ފައިސަލާ ކުރަނިވި ނިންމުމެއް ނިންމުމަށްޓަކައި މައްސަލަ ދަށުކޯޓަށް ތަޙުވީލުކުރެވެއެވެ.

ވަކީލުންނާއި ފަނޑިޔާރުން

ވަކީލުން
—
ބެންޗު
ޢަބްދުއްރައޫފު އިބްރާހީމް، ޙުސައިން މަޒީދު، ޢަބްދުލްމާނިޢު ޙުސައިން
ރިޔާސަތު
—
ރައުޔު ލިޔުނު ފަނޑިޔާރު
ޢަބްދުއްރައޫފު އިބްރާހީމް · ތާއީދުކުރެއްވީ: ޙުސައިން މަޒީދު، ޢަބްދުލްމާނިޢު ޙުސައިން
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.

ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމްގެ ރައުޔު

މައްސަލައިގެ ތަޢާރަފު

3މިއީ ކްރިމިނަލް ކޯޓުގެ ނަންބަރު J/2026/13-145 "އަމިއްލަ މީހުން ފޮނުވާ މެއިލްގެ ޖަވާބު" ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ އެ ނިންމުން އިސްތިއުނާފުކުރުމަށް އެދި ނައިޑް އިންވަސްމަންޓް ޕްރައިވެޓް ލިމިޓެޑް (މީގެ ފަހުން "އިސްތިއުނާފުކުރާ ފަރާތް" ނުވަތަ "ނައިޑް އިންވަސްމަންޓ" ކަމަށް ލިޔެފައިވާ) ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބަލާފައިވާ ޤަޟިއްޔާއެވެ.

3. މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވަނީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ (މީގެ ފަހުން "އިސްތިއުނާފު ރައްދުވާ ފަރާތް" ނުވަތަ "ދައުލަތް" ކަމަށް ލިޔެފައިވާ) މައްޗަށެވެ.

މައްސަލައިގައި ކަން ހިނގާފައިވާ ގޮތް

2ޤާނޫނާއި ޤަވާޢިދާ ޚިލާފަށް ހުއްދަ ނެތި ދިވެހިރާއްޖޭގައި ބޭރު ފައިސާ ވިޔަފާރިކޮށް، ޖިނާއީ ކުށްކޮށްގެން ފައިސާ ހޯދައި، އޭގެއިން މަންފާ ހޯދުމަށް މަނީ ލޯންޑަރިންގެ ޢަމަލުތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން ޤާނޫނު ނަންބަރު 01612/2 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު)ގެ 33 ވަނަ މާއްދާއާއި އެ ޤާނޫނުގެ 32 ވަނަ މާއްދާއާ ހަވާލާދީ ނައިޑް އިންވަސްމަންޓް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ ދިވެހި ރުފިޔާ އަދި ރަޖިސްޓްރީ ނަންބަރު 0939/2007-C. ކްރިމިނަލް ކޯޓުގެ ނަންބަރު C/2026-CO/21279/Cr ކޯޓު އަމުރުގައި ބަޔާންކޮށްފައިވާ މައްސަލައިގެ ތަފްސީލު. މީގެފަހުން ޖިނާއީ އިޖުރާއަތުގެ ޤާނޫނު ކަމަށް ބުނެފައި. ޔޫ .އެސް.ޑޮލަރުގެ އެންމެހައި އެކައުންޓާގައިވާ ފައިސު ހިފެހެއްޓުމަށާއި، އެފައިސާއިން މުޢް މަލާތ ކުރުން ހުއްޓުވުމަށް ބޭންކް އޮފް މޯލްޑިވްސްގެ މައްޗަށެކްރިމިނަލް ކޯޓުނެއަމުރއް ނެރެފައިވެއެވެ.

1. އިސްވެ ބުނެވިދިޔަ ކޯޓު އަމުރާ ގުޅިގެން އެކައުންޓުގައިވާ ފައިސާ ދޫކޮށްދިނުމަށް ނުވަތަ މުޢާމަލާތް ކުރުން ހުއްޓުވުން ނިމުމަކަށް ގެނައުމުގެ އަމުރަށް އެދި ފަނޑިޔާރަށް ހުށަހަޅާ ފޯމު، ނައިޑް އިންވަސްމަންޓް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން 28 ސެޕްޓެންބަރު 3236 ގައި ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވެއެވެ. މި ހުށަހެޅުމުގައި އިސްތިއުނާފުކުރާ ފަރާތުން އެދިފައިވަނީ، ކްރިމިނަލް ކޯޓުގެ ނަންބަރ C/2026-CO/21279/Cr ކޯޓު އަމުރުން ހިފަހައްޓާފައިވާ ނައިޑް އިންވަސްމަންޓްގެ އެކައުންޓުތަކު ގައިވާ އެންމެހާ ފައިސާއަކީ ޖިނާއީ ކުށެއް ކޮށްގެން ހޯދާފައިވާ ފައިސާ ކަމުގައި ނުވާތީ، އެއަމުރު ނިމުމަކަށް ގެނައުމަށެވެ.

5މި ފޯމު އީމެއިލްގެ ޒަރީޢާއިން ކްރިމިނަލް ކޯޓަށްފޮނުވުމުން، އެ ކޯޓުން "އަމިއްލަ މީހުން ފޮނުވާ މެއިލްގެ ޖަވާބު" ގައި އަންނަނިވި ގޮތަށް ބަޔާންކޮށްފައިވެއެވެ. "ޢުމަރު މަމްދޫޙް މުޙައްމަދު މާހިރު 3236 ސެޕްޓެނބަރް28 ވަނަ ދުވަހު މިކޯޓަށ ފޮނުވާފައިވާ އެކައުންޓްގައިވާ ފައިސާ ދޫކޮށްދިނުމަށް ނުވަތަ މުޢްމަލާތ ކުރުން ހުއްޓުވުން ނިމުމަކަށް ގެނައުމުގެ އަމުރަކަށް އެދި ފަނޑިޔާރަށް ހުށަހަޅާ ފޯމުގެ ޖަވާބުގައި ދަންނަވަމެވެ. އެފޯމުގައި އެދިލައްވާފައިވާ މިކޯޓުގެ ނަންބަރު C/2026-CO/21279/Cr އަމުރަކީ ދިވެހި ފުލުހުންގެ ފަރާތުން ތަޙްޤީޤްކުރާ މައްސަލައަކާއި ގުޅިގެން ނެރެފައިވާ އަމުރެއްކަމަށް ވުމުން، އަދި މިހާތަނަށް ތަހްޤީޤްކޮށް ނިމިފައިވާކަން މިކޯޓަށް އަންގާފައިނުވާތީ، އެ ކޯޓު އަމުރުގެ ދަށުން ހިފަހައްޓާފައިވާ އެކައުންޓްތަކާއި، ފައިސާ ދޫކުރެވެން ންތަ ކަމަށް ދަންނަވަމެވެ. އަދި އެ ފޯމުގައި އެދިލައްވާފައިވާ ކަންތައްތައް ކަމާގުޅުންހުރި އިދާރާތަކުގައި ދަންނަވައިގެނ ކުރިއަށް ގެންދިޔުމަށް ވެސް ދަންނަވަމެވެ." ކްރިމިނަލް ކޯޓުގެ ނަންބަރު C/2026-CO/21279/Cr ކޯޓު އަމުރު (23 އޮގަސްޓު 3236.)

6މިއީ، އިސްވެ ބަޔާންކުރެވުނު ކްރިމިނަލް ކޯޓުގު "އަމިއްލަ މީހުން ފޮނުވާ މެއިލްގެ ޖަވާބު" ގައި ނިންމާފައިވާ ނިންމުން އިސްތިއުނާފުކުރުމަށް، ނައިޑް އިންވަސްމަންޓް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން މިކޯޓަށް ހުށަހެޅުމުން އެ މައްސަލަ ބަލައި ނިންމަ ޤަޟިއްޔާއެވެ.

އިސްތިއުނާފުކުރުމަށް ހުށަހެޅި ނުކުތާތައް

3ކްރިމިނަލް ކޯޓުގެ ނަންބަރު J/2026/13-145 "އަމިއްލަ މީހުން ފޮނުވާ މެއިލްގެ ޖަވާބު" އަކީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތް ނިންމުމެއް ނޫންކަމަށް ބުނެ އެ ނިންމުން އިސްތިއުނާފުކުރުމަށް ނައިޑް އިންވަސްމަންޓް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އަންނަނިވި 03 (ތިނއް) ނުކުތެ ހުށަހަޅާފައިވެއެވެ. އެއީ؛

3.3. ކްރިމިނަލް ކްރިމިނަލް ކޯޓުގެ ނަންބަރު C/2026-CO/21279/Cr (23 އޮގަސްޓު 2026) ކޯޓު އަމުރުން އިސްތިއުނާފުކުރާ ފަރާތުގެ ބޭންކް އެކައުންޓުތަކުގައިވާ އެންމެހައި ފައސި ހިފަހައްޓައި، އެ ފައިސާއިން މުޢާމަލާތުކުރުން ހުއްޓުވާފައިވާތީ އެ އަމުރު ނިމުމަކަށް ގެނައުމަށް އެދި ހުށަހެޅި ހުށަހެޅުމާ ގުޅިގެން، ކްރިމިނަލް ކޯޓުގެ ނަންބަރު J/2026/13-145 "އަމއްލި މީހުން ފޮނުވާ މެއިލްގެ ޖަވާބު" ނިންމުމުގައި މައްސަލަ ތަހްޤީޤުކޮށް ނިމިފައިވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ކްރިމިނަލް ކޯޓަށް އަންގާފައިނުވާތީ، ކޯޓު އަމުރެއްގެ ދަށުން ހިފަހައްޓާފައިވާ އެކައުންޓުތަކުގެ ފައިސާ ދޫކުރެވެން ނެތްކަމަށް ނިންމާފައިވަނީ، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 72 ވަނަ މާއްދާއާއި، އެ ޤާނޫނުގެ 73 ވަނަ މާއްދާގެ (ހ) އާއި (ށ) އަދި (ޅ) އާއި، ގަވާއިދު ނަންބަރު 01-REG-SC-2021 (ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދު)ގެ 42 ވަނަ މާއްދާ އަދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގު ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ޤަޟިއްޔާއާ ޚިލާފަށް ކަމަށްވުން؛

3.3. ކްރިމިނަލް ކޯޓުގެ ނަންބަރު C/2026-CO/21279/Cr (23 އޮގަސްޓު 2026) ކޯޓު އަމުރުން އިސްތިއުނާފުކުރާފަރާތުގެ އެންމެހާ ބޭންކް އެކައުންޓު ތަކުގައިވާ ފައިސާ ހިފަހައްޓައި، އެފައިސާއިން މުޢާ މަލާތުކުރުން ހުއްޓުވާފައިވާތީ އެ އަމުރު ނިމުމަކަށް ގެނައުމަށް އެދި ހުށަހެޅު ހުށަހެޅުމާ ގުޅިގެން، ކްރިމިނަލް ކޯޓުގެ ނަންބަރު J/2026/13-145 "އަމިއްލަ މީހުން ފޮނުވާ މެއިލްގެ ޖަވާބު" ނިންމުމުގައި، މައްސަލަ ތަޙްޤީޤުކޮށް ނިމިފައިވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ކްރިމިނަލް ކޯޓަށް އަންގާފައިނުވާތީ، ކޯޓު އަމުރުގެ ދަށުން ހިފަހައްޓާފައިވާ އެކައުންޓުތަކާއި ފައިސާ ދޫކުރެވެން ނެތްކަމަށް ނިންމާފައިވަނީ، މަބްދަޢުއް ޝަރުޢިއްޔާ (principle of legality) އާއި، ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 17 ވަނަ މާއްދާއާއި، 20 ވަނަ މާއްދާއާއި، 40 ވަނަ މާއްދާ އަދި 43 ވަނަ މާއްދާއާ ޚިލާފަށް ކަމަށްވުން؛

3.2. ކްރިމިނަލް ކޯޓުގެ ނަންބަރު C/2026-CO/21279/Cr (23 އޮގަސްޓު 2026) ކޯޓު އަމުރުން އިސްތިއުނާފުކުރާ ފަރާތުގެ އެންމެހައި ބޭންކް އެކައުންޓުތަކުގައިވާ ފައިސާ ހިފަހައްޓައި، އެ ފައިސާއިން މުޢާމަލާތުކުރުން ހުއްޓުވާފައިވާތީ އެ އަމުރު ނިމުމަކަށް ގެނައމަށު އެދި ހުށަހެޅި ހުށަހެޅުމާ ގުޅިގެން، ކްރިމިނަލް ކޯޓުގެ ނަންބަރު J/2026/13-145 "އަމިއްލަ މީހުން ފޮނުވާ މެއިލްގެ ޖަވާބު" ނިންމުމުގައި، މައްސަލަ ތަޙްޤީޤުކޮށް ނިމިފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ކްރިމިނަލް ކޯޓަށް އަންގާފައިނުވާތީ، ކޯޓު އަމުރުގެ ދަށުން ހިފަހައްޓާފައިވާ އެކައުންޓުތަކާއި ފައިސާ ދޫކުރެވެން ނެތް ކަމަށާއި، ފައިސާ ދޫކުރުމަށް އެދި ކަމާބެހޭ އިދާރާތަކުގައި ދަންނަވައިގެން ކުރިއަށް ގެންދިޔުމަށް އަންގާފައިވަނީ، ދިވެހިރާއްޖގޭ މީގެފަހުން، "ޖިނާއީ އިޖުރާއަތުގެ ގަވާއިދު" ކަމަށް ބުނެފައި. ޤާނޫނުއަސާސީގެ 42 ވަނަ މާއްދާއާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އަޙްމަދު އިސްމާޢީލް ވ. ލަޠީފާ ޢަލީ ޙަސަން ޤަޟިއްޔާގައި ކަނޑައަޅާފައިވާ ފަނޑިޔާރުން ޙުކުމަށް ވާސިލުވި ސަބަބު ބަޔާންކުރުން ވާޖިބުވުމުގެ އުސޫލު އަދި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އެކްސްޕޯޓް އިމްޕޯޓް ބޭންކް އޮފް މެލޭޝިޔާ ބަރްހާދް ވ. ސަލްޓަންސް އޮފް ދަ ސީސް މެރިން ޓެކްސީ ޕްރައިވެޓް ލިމިޓެޑް އަދި ސަލްޓަންސް އޮފް ދަ ސީސް ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާގައި ކަނޑައަޅާފައިވާ ފަނޑިޔާރު ކުރިމައްޗަށް ހުށަހެޅޭ ކަންކަމުގެ މައްޗަށް ގޮތް ކަނޑައެޅމުގު އުޞޫލާ ޚިލާފަށްކަމަށް ވުމެވެ.

8މި ނުކުތާތަކުގެ ތަފްޞީލުގައި އިސްތިއުނާފުކުރާ ފަރާތުން އަންނަނިވި ކަންކަން ފާހަގަކޮށްފައި ވެއެވެ.

8.3. ފުރަތަމަ ނުކުތާގެ ތަފްސީލުގައި ފާހަގަކޮށްފައިވަނީ، މައްސަލައިގާ އަމުރަށް އެދި ހުށަހަޅާފއަ ވަނި ހަމައެކަނި ބޭންކް ސްޓޭޓްމަންޓާއި އިންޓެލް ރިޕޯޓުކަމަށާއި، އެނަލިސިސް ރިޕޯޓެއް ހުށަހަޅާ އެކައުންޓުގައިވާ ފައިސާގެ ތެރެއިން ކުށްކޮށްގެން ހޯދާފައިވާ ފައިސާކަމަށް ތުހުމަތު ކުރެވޭ ފައިސާއަކީ ކޮބައިކަން ދެނެގަނެ އެފައިސާ އެކަނި ހިފެހެއްޓުމަށް އަމުރު ކުރުމުގެ ބަދަލުގައި މުޅި އެކައުންޓު ހިފެހެއްޓުމަށް ނިންމާފައިވަނީ ސުޕްރީމް ކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ޤަޟިއްޔާއާ ޚިލާފަށް ކަމަށެވެ. މީގެ އިތުރުން، މި މައްސަލައިގާ ތުހުމަތު ކުރެވެނީ މަނީ ލޯންޑްރިންގގެ ކުށްކަމަށްވާތީ، އެކައުންޓު ހިފެހެއްޓުމުގެ އަމުރު ނެރެން ޖެހޭނީ ޚާއޞް ޤާނޫނުގެ ދަށުންކަން ހައިކޯޓުގ މަލްޓި ލީޕް ޕްރައިވެޓް ލިމިޓެޑް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ޤަޟިއްޔާއިން އެނގޭކަމަށެވެ. ދި ވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2022/HC-B12/27 ޤަޟިއްޔާ.

8.3. ދެވަނަ ނުކުތާގެ ތަފްސީލުގައި ފާހަގަކޮށްފައިވަނީ، 23 އޮގަސްޓު 3236 އާ ހަމައަށް ޑޮލަރުން އާމްދަނީ ލިބޭ ފަރާތްތއަ ޑޮލަރުން މުޢާމަލާތު ކުރުމާ ގުޅިގެން ޖިނާއީ މަސްޢޫލިއްޔަތު އުފުލަންޖެހިފައި ނެތް ކަމަށެވެ. މި މައްސަލައިގެ އަމުރު ނެރުނުއިރު އެފަދަ މަސްޢޫލިއްޔަތެއް އުފުލަންޖެހިފައިނުވާތީ، މި މައްސަލައިގއަ އަމުރު ނެރެފައިވަނީ މަބްދަޢއު ޝަރުޢިއްޔއާ ޚިލާފަށް ކަމަށެވެ. ކުއްލިއަކަށް ހަމައެކަނި އިސްތިއުނާފުކުރާ ފަރާތުގެ މައްޗަށް ފުލުހުން ޤާނޫނު ހިންގައި ކޯޓުން ނެރެފައިވާ އަމުރަކީ މަބްދުޢުއް ޝަރުޢިއްޔާއިން ބޭރު، ޤާނޫނުއަސާސީގެ 33، 32، 12 އަދި 12 ވަނަ މާއްދާއާ ޚިލާފު އަމުރެއާ ކަމަށެވެ.

8.2. ތިންވަނަ ނުކުތާގެ ތަފްސީލުގައި ފާހަގަކޮށްފައިވަނީ، އިސްތިއުނާފުކުރާ ފަރާތުން ޤާނޫނީ ގިނަ ނައްސުތަކާ ހަވާލާދީ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 13 ވަނަ މާއްދާގެ ދަށުން އެކައުންޓުގައިވާ ފައިސާ ހިފަހައްޓާފައިވާ ޙާލަތުގައި އެ އެކައުންޓުގައި ހުރި ފައިސާގެ ތެރޭގައި ކުށްކޮށްގެން ހޯދާފައިވާ ފައިސާ ނޫން ފައިސާއެއް ހުރިނަމަ، އެ ފައިސާއެއް ދޫކޮށްދިނުމުގެ އަމުރަކަށް އެދި އެ ގަވާއިދުގައިވާ ފޯމު ހުށަހެޅުމުން، އެޤާނޫނުތައް ތަޠުބީޤުކުރި ގޮތެއް ބަޔާންކުރުމަކާ ނުލައި ހަމައެކަނި، ފުލުހުން މައްސަލަ ތަހުޤީޤުކޮށް ނިމިފައިވާކަން އަންގާފައިނުވާތީ އެކައުންޓުގައިވާ ފައިސާ ދޫކުރެވެން ނެތްކަމަށް ނިންމާފައިވަނީ އަޙްމަދު އިސްމާޢީލް ވ. ލަޠީފާ ޢަލީ ޙަސަން ޤަޟިއްޔާއާ ޚިލާފަށް ކަމަށެވެ.

އިސްތިއުނާފުކުރާ ފަރާތުން އެދޭ ގޮތް

3. މި މައްސަލާގައި އިސްތިއުނާފުކުރާ ފަރާތުން އެދފައިވަނި ކްރިމިނަލް ކޯޓުގެ ނަންބަރު CO/21279/Cr-C/2026 (23 އޮގސްޓަ 3236) އަމުރު ނިމުމަކަށް ގެނައުމަށް އެދި ހުށަހެޅުމާ ގުޅިގެން ކްރިމިނަލް ކޯޓުން ނިންމި ނަންބަރު J/2026/13-145 "އަމިއްލަ މީހުން ފޮނުވާ މެއިލްގެ ޖަވާބު" (22 ސެޕްޓެންބަރު 3236) އަކީ ޤާނޫނާ އެއްގޮތަށް ނިންމި ނިންމުމެއް ނޫންކަމަށް ކަނޑައަޅައި، ކްރިމިނަލް ކޯޓުގެ ނަންބަރު C/2026-CO/21279/Cr (23 އޮގސްޓަ 3236) އަމުރު ނިމުމަކަށް ގެނައުމަށް އަމުރުކޮށް ދިނުމަށެވެ.

އިސްތިއުނާފީ ނުކުތާތަކުގެ ރައްދު

32އިސްތިއުނާފީ ނުކުތާތަކަށް ރައްދުދިނުމުގެ ކުރިން، އިސްތިއުނާފުރައްދުވާ ފަރާތުން އިޖުރާއީ އިޢުތިރާޒެއް ހުށަހަޅާފައިވެއެވެ. އެފަރާތުން އިޖުރާއީ އިޢުތިރާޒުގެ ގޮތުގައި ހުށަހެޅި ނުކުތާއާއި އެނުކުތާއާ ގުޅޭ ގޮތުން މި މައްސަލައިގައި ހިމެނޭ ދެފަރާތުން ދެއްކި ވާހަކަތަކާއި އެ އިޖރާއު އިޢުތިރާޒާ ގުޅޭ ގޮތުން އަހުރެންނަށް ފެންނަ ގޮތް، މިރިޕޯޓުގެ 13 އަދި 14 ވަނަ ޕެރެގްރާފުގއަ ބަޔާންކޮށްފައި އެވަނވެ.

33އިސްތިއުނާފީ ނުކުތާތަކުގެ ރައްދުގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ މައިގަނޑު ވާހަކަތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.

33.3. އިސްތިއުނާފު ފުރަތަމަ ނުކުތާގެ ރައްދުގައި، އިސްތިއުނާފު ރައްދުވާ ފަރާތު ން ފާހަގަކޮށްފައި ވަނީ، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 73 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވަނީ، ޖިނާއީ ތަޙްޤީޤެއްގެ ތެރެއިން ލިބޭ މައުލޫމާތަކުން ބޭންކް އެކައުންޓެއްގައިވާ ފައިސާއަކީ ޖިނާއީ ކުށަކާ ގުޅުންހުރި ފައިސާކަމަށް ޤަބޫލުކުރެވޭނަމަ އެ ފައިސާ ވަކި މުއްދަތަކަށް ހިފެހެއްޓުމަށް ކޯޓު އަމުރަކަށް އެދެވިދާނެ ކަމަށާއި، އެއީ ވަގުތީ ފިޔަވަޅެއް ކަމަށެވެ. ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 42 ވަނަ މާއްދާގެ ދަށުން ކަނޑައަޅާފައިވާ މައިގަނޑު ޝަރުޠަކީ ފައިސާ ދޫކުރުމަށް ހުށަހަޅާ ފަރާތުން އެކައުންޓގައިވު ފައިސާއަކީ ކުށްކޮށްގެން ހޯދާފައިވާ ފައިސާނޫންކަން ސ ބިތުކުރުމަށް ހެކި ހުށަހެޅުން ކަމަށާއި، މި މައްސަލައިގައާއެޝަރުޠ ފުރިހަމަކޮށްފައިނުވެކަމަށެވު. އޭގެ އިތުރުން، ސުޕްރީމް ކޯޓުގެ ނަންބަރ 2019/SC-A/31 ޤަޟިއްޔާއަކީ މައުޟޫޢީ ޙުކުމް ނިންމުމާއި، ކުށް ސާބިތުވުމުގެ ކުރިން މުދާ/ ފައިސާ ދައުލަތަށް ނެގުމާގުޅޭ އުޞޫލު ބަޔާންކޮށްފައިވާ ޤަޟިއްޔާއެއް ކަމަށާއި އެ ޤަޟިއްޔާގެ ވާޤިޢާ މި މައްސަލައިގެ ވާޤިޢާއާ ތަފާތުވާތީ، އެ ޤޟަ އްޔާގައި ކަނޑައަޅާފައިވާ އުޞޫލުތައް މި މައްސަލައަށް ތަޠުބީޤު ނުކުރެވޭނެ ކަމަށެވެ.

33.3. އިސްތިއުނާފީ ދެވަނަ ނުކުތާއާ ގުޅިގެން ފާހަގަކޮށްފައިވަނީ، ކްރިމިނަލް ކޯޓުން 31 އޮގަސްޓު 2026 ގައި ނެރެފައިވާ އަމުރަކީ، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 72 ވަނަ މާއްދާއާ 73 ވަނަ މއާދއާ އާ، ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 41 ވަނަ މާއްދާއިން ބާރުލިބިގެން ނެރެފައިފާ އަމުރެއް ކަމަށެވެ. އިސްތިއުނާފުކުރާ ފަރާތަކީ ބޭރު ފައިސާ ވިއްކުމުގެ ހުއްދަ އޮތް ފަރާތެއް ނޫން ކަމަށާއި، މި މައްސަލައިގާ އޮތް ތުހުމަތަކީ ޤާނޫނާއި ގަވާއިދާ ޚިލާފަށް ބޭރު ފައިސާގެ ވިޔަފާރިކޮށް، ޖިނާއީ ކުށްކޮށްގެން ފައިސާ ހޯދައި، އޭގެއިން މަންފާ ހޯދުމަށް، މަނީ ލޯންޑްރިންގ ޢަމަލުތައް ހިންގާފައިވާ ކަމުގެ ތުހުމަތުކަމަށެވެ. މި މައްސަލައިގައި ޤާނޫނީ އިމުގެ ތެރެއިން ފިޔަވަޅު އަޅާފައިވާތީ އެއްވެސް މިންވަރަކަށް މަބްދަޢުއް ޝަރުޢިއްޔާއާ ޚިލާފުވެފައިނުވާ ކަމަށެވެ. ޤާނޫނުއަސާސީގެ 40 ވަނަ މާއްދާއިން ލިބިދޭ މުދާ މިލްކު ކުރުމުގެ ޙައްޤަކީ މުޠުލަޤަ ޙއްޤެއަ ނޫންކަމަށާއި، ޖިނާއީ އިޖުރާއަތުގެ ދަށުން ތަޙްޤީޤުގެ ބޭނުމަށް އަޅާ ވަގުތީ ފިޔަވަޅެއްގެ ސަބަބުން އެ ޙައްޤު ނިގުޅައި ގަތީކަމަށް ނުބެލެވޭނެ ކަމަށެވެ. ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 42 ވަނަ މާއްދާގެ ދަށުން، ހުށަހަޅަން ފުރުސަތު ލިބި އެހުށަހެޅުމާމެދު ގޮތެއް ނިންމާފައިވާތީ ޤާނޫނުން ލިބިދޭ އިޖުރާއީ ރައްކާތެރިކަން އިސްތިއުނާފުކުރާ ފަރާތަށް ލިބިދީފައިވާ ކަމަށެވެ.

33.2. އިސްތިއުނާފު ތިންވަނަ ނުކުތާގެ ޖަވާބުގައި ފާހަގަކޮށްފައިވަނީ އިސްތިއުނާފުކޮށްފައިވާ ނިންމުމުގައި ސަބަބު ބަޔާންކޮށްފައިވާ ކަމަށާއި، ނިންމުމުގައި އިދާރާތަކަށް ދަންނަވައިގެން ކުރިއަށް ގެންދިޔުމަށް އަންގާފައިވަނީ، މައްސަލައަކީ ތޙަ ޤީޤީ މަރުހަލާގައި އޮތް މައްސަލައަކަށް ވާތީ ކަމަށެވެ.

އިސްތިއުނާފް ރައްދުވު ފަރާތުން އެދޭގޮތު

33. މި މައްސަލައިގައި އިސްތިއުނާފު ރައްދުވާ ފަރާތުން އެދިފައިވަނީ، އިސްތިއުނާފުކޮށްފައިވާ ނިންމުން ބާޠިލުކުރަންޖެހޭ ޝަރުޢީ ނުވަތަ ޤާނޫނީ އަސާސެއް ނެތްކަމަށް ކަނޑައަޅައިދިނުމަށެވެ.

އިޖުރާއީ ނުކުތާ އަދި އ ނުކުތާއް މެދު ނިންމި ގޮތް

32. އިސްތިއުނާފު ރައްދުވާ ފަރާތުން މި މައްސަލައިގައި ޖަވާބު ހުށަހެޅުމުގެ ކުރިން އިޖުރާއީ އިޢުތިރޒެއާ ހުށަހަޅާފައިވެއެވެ. އެއިޖރާއު އިޢުތިރާޒުގައި ބަޔާންކޮށްފައިވަނީ، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 338-2 ވަނަ މާއްދާގެ (ޅ) ގެ ދަށުން ކޯޓު އަމުރެއް އިސްތިއުނާފުކުރާ ނަމަ އެ އަމުރު ނެރޭތ 10 (ދިހައެއް) ދުވަހުގެ ތެރޭގައި، އިސްތިއުނާފު ކުރަންވާނެކަމަށް ބަޔާންކޮށްފައިވާ ކަމަށާއި، ކްރިމިނަލް ކޯޓުން އިސްތިއުނާފުކުރާ ފަރާތުގެ އެކައުންޓތައު ފްރީޒްކުރުމަށް ނެރުނަ އަމުރަކީ، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 73 ވަނަ މާއްދާގެ ދަށުން 31 އޮގަސްޓު 2026 ގައި ނެރެފައިވާ އަމުރަކަށްވތީއާއާ އެ އަމުރު އިސްތިއުނާފުކުރަންޖެހ މުއްދަތު ހަމަވެފައިވާތީ، އެ އަމުރު އިސްތިއުނާފުނުކޮށް، އެ އަމުރު މުރާޖަޢާކުރަން ހުށަހެޅި ހުށަހެޅުމާ ގުޅިގެން ދީފައިވާ ޖަވާބުގެ އިސްތިއުނާފުގައި އަސްލު އަމުރާމެދު ސުވާލު އުފައްދއަ ހުށަހަޅާފައިވާ އިސްތިއުނާފެއް ބަލައި ނުގަނެވޭނެކަމަށެވެ. މި ނުކުތާގެ ޖަވާބުގައި، އިސްތިއުނާފުކުރާ ފަރާތުން ފާހަގަކޮށްފައިވަނީ، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 73 ވަނަ މާއްދާއަށް ބެލުމުން، އެކައުންޓު ފްރީޒް ކުރުމުގެ އަމުރު ނިމުމަކަށް ގެނައުމަށް އެދި ހުށަހެޅިދާނެކަން އެނގެން އޮންނަ ކަމަށާއި، ޤާނޫނާ ގައި ބަޔާންކޮށްފައިވްއިޖުރާއަތ އެއްގޮތަށައިސްތިއުނާފުކުރާ ފަރާތުނާ ޢުމަލުކޮށްފައިވ ކަމަށެވެ. އަދި ހައިކޯޓުގެ ނަންބަރ 2025/HC-A/345 ޤަޟިއްޔާގެ އިޖުރާއީ އިޢުތިރޒާމެދު ނިންމި ގޮތުގައި މަދަނީ މައްސަލަތަކުގައި ޣައިރު ހާޒިރުގައި ޙުކުމްކުރާ މައްސަލަތައް މުރާޖަޢާ ކުރުމަށްފަހު އިސްތިއުނާފުކުރުމަށް ނިންމާފައިވާ ކަމަށާއި، އެ އުސޫލުން މި މައްސަލައިގއަ ވެސް ޢަމަލުކޮށްފައިވާ ކަމަށެވެ.

31. މި މައްސަލައިގއަ އިސްތިއުނާފުކޮށްފައިވަނީ، ކްރިމިނަލް ކޯޓުގެ ނަންބަރު J/2026/13-145 "އަމިއްލަ މީހުން ފޮނުވާ މެއިލްގެ ޖަވާބު" (30 ސެޕްޓެންބަރު 2026) އެވެ. އެ ޖަވާބަކީ އިސްތިއުނާފުކުރާ ފަރާތުގެ އެކައުންޓުތައް ފްރީޒްކުރުމަށް ކްރިމިނަލް ކޯޓުން ނެރެފައިވާ ކޯޓު އަމުރު ނިމުމަކަށް ގެނައުމަށް އެދި އިސްތިއުނާފުކުރާ ފަރާތުން "އެކައުންޓުގައިވާ ފައިސާ ދޫކޮށްދިނުމަށް ނުވަތަ މުޢާމަލާތްކުރުން ހުއްޓުވުން ނިމުމަކަށް ގެނައުމުގެ އަމުރަށް އެދި ފަނޑިޔާރަށް ހުށަހަޅާ ފޯމް" (ޖަދުވަލު 10.6) އިން 08 ސެޕްޓެންބަރު 2026 ގައި ކްރިމިނަލް ކޯޓަށް ހުށަހެޅުމުން ދީފައިވާ ޖަވާބކެ ވެ. ޖިނާއީ އިޖުރާއަތގު ޤާނޫނުގެ 73 ވަނަ މާއްދާގެ ދަށުން އެކައުންޓު ފްރީޒްކުރުމަށް ނެރޭ އަމުރު ނިމުމަކަށް ގެނައުމަށް އެދި ހުށަހެޅުމުގެ ޙައްޤު ކުށުގެ ތުހުމަތުކުރެވޭ ފަރާތަށް ލިބިގެންވކަނާ އެ މާއްދާގެ (ޅ) އިން އެނގެއެވެ. އެ މާއްދާގައިވަނީ، " (ޅ) މި މާއްދާގެ ދަށުން ހިފަހައްޓާފައިވާ ފައިސާއެއް ހިފެހެއްޓި ހިފެހެއްޓުން ނިމުމަކަށް ގެނައުމަށްޓަކައި، ނުވަތަ މުޢާމަލާތްކުރުން ހުއްޓުވާފައިވާ ފައިސާއަކުން މުޢާމަލާތްކުރުން ހުއްޓުވި ހުއްޓުވުން ނިމުމަކަށް ގެނައުމަށްޓަކައި، ކުށުގެ ތުހުމަތުކުރެވޭ ފަރާތަށް ނުވަތަ މަޞްލަޙަތު އޮތް ތިންވަނަ ފަރާތަކަށް ކޯޓަށް ހުށަހެޅިދާނެއެވެ." މިފަދައިންނެވެ. އެކައުންޓު ފްރީޒްކުރުމަށު ނެރްކޯޓު އަމުރިނިމުމަކަށް ގެނައުމަށް ކޯޓަށް ހުށަހެޅުމަށް ވަކި މުއްދަތެއް ޤާނޫނުގައި އަދި ގަވާއިދުގައި ވެސް ބަޔާންކޮށްފައި ނުވެއެވެ.މި މައްސަލައިގައ އެކައުންޓް ފްރީޒުކުރުމަށް ނެރްފައިވެ އަމުރު ނިމުމަކަށް ގެނައުމަށް އިސްތިއުނާފުކުރާ ފަރާތުނީ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވަނީ 08 ސެޕްޓެންބަރު 2026 ގައެ ވެ. އހުށަހެޅުމެ ގުޅޭ ގޮތުން އެ ކޯޓުން ގޮތެއް ނިންމާފައިވަނީ 30 ސެޕްޓެންބަރު 2026 ގައެވެ. ކްރިމިނަލް ކޯޓުން ނިންމި ނިންމުން (ޖަވާބު) އިސްތިއުނާފުކުރުމަށް ހުށަހަޅާފައިވަނީ 09 އޮކްޓޫބަރު 2026 ގައެވެ. އެއީ އެ ނިންމުން ނިންމތި 9 ވަނަ ދުވަހެވެ. ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 2-338 ވަނަ މާއްދާގެ (ޅ) ގައި، އެ ޤާނޫނުގެ 198 ވަނަ މާއްދާގެ

(ހ) ގެ (2) އަދި (3) ގައި ބަޔާންކޮށްފައިވާ ފަދަ ކޯޓު އަމުރެއް ނުވަތަ ނިންމުމެއް އެނިންމުން ނިންމާތާ 10 (ދިހައެއް) ދުވަހުގެ ތެރޭގައި އިސްތިއުނާފު ކުރުމަށް ހުށަހަޅަންވާނެ ކަމަށް ބަޔާންކޮށްފައިވެއެވެ. ކޯޓުން ނެރެފައިވާ އަމުރެއް ނުވަތަ ނިންމުމެއް ނިމުމަކަށް ގެނައުމަށް/މުރާޖަޢާ ކުރުމަށް ހުށަހެޅމު ން، އެކަމާ ގުޅޭ ގޮތުން ނިންމާ ނިންމުން އިސްތިއުނާފުކުރަންޖެހ މުއްދަތެއް އެމާއްދާއިން ނުވަތަ ޖިނާއީ އިޖުރާއަތުގެ ޤާނޫނުން އަދި ގަވާއިދުން ސާފުކޮށް އެނގޭކަށް ނެތެވެ. ކޯޓުން ނެރެފައިވާ އަމުރު ނިމުމަކަށް ގެނެސްދިނުމަށް އެދި ހުށަހެ ޅުމކަ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގު ދަށުން ކުށުގެ ތުހުމަތުގައިވާ ފަރާތަށް ލިބިދީފައިވާ ޙައްޤެކެވެ. ކޯޓު އަމުރު ނުވަތަ ނިންމުން މުރާޖަޢާކުރުމަށް ހުށަހަޅާނީތޯ ނުވަތަ އެނިންމުން އިސްތިއުނާފުކުރުމަށް ހުށަހަޅާނީތޯ އެއީ ކުށގު ތުހުމަތުގައިވާ ފަރާތް ނުވަތަ އެ އަމުރުގެ މަޞްލަހަތު އޮތް ފަރާތުގެ އިޚްތިޔާރުގައިވާ ކަމެކެވެ. ކޯޓު އަމުރު އިސްތިއުނާފުނުކޮށް، އެ އަމުރު ނިމުމަކަށް ގެނެސްދިނުމަށް އެދި ހުށަހެޅި ހުށަހެޅުމާ ގުޅޭ ގޮތުން ކޯޓުން ނިންމާ ނިންމުން އިސްތިއުނާފުކުރުމަށް ހުށަނޭޅނޭ ކަމަށް އިސްތިއުނާފުރައްދުވާ ފަރާތުން ބުނބުނުމަކާ ރަނގަޅު ބުނުމެއްކަމުގައި ނުދެކމެ ވެ. އެހެނީ، ޤާނޫނުގައި ކަނޑައެޅި ބަޔާންކޮށްފައިވާ އިޖުރާއަތެއްގެ ދަށުން ލިބިދޭ ޙައްޤެއް ބޭނުންކުރުމުގެ ސަބަބުނު އެފަރާތަށް ޤާނޫނުން ލިބިދޭ އެހެން ޙައްޤުތއަ ބޭނުންކުރުމަށް ހުރަސްއެޅދި ނ ކަމަށާ އަހުރެންނަށް ޤަބޫލު ނުކުރެވޭތއެވެ. މި މައްސަލައިގައި އިސްތިއުނާފުކުރާ ފަރާތުން ނިމުމަކަށް/މުރާޖަޢާކޮށް ދިނުމަށް އެދް ހުށަހަޅާފައިވަނީ ކްރިމިނަލު ކޯޓުން ނެރެފައިވ އެކައުންޓެފްރީޒުކުރުމުގެ އަމުރެއް ކަމަށްވެފައި،އެހުށަހެޅުމާގުޅ ގޮތުން ނިންމާ ނިންމުން އ ނިންމުން ނިންމި ތާރީޚުން ފެށިގެން 10 (ދިހައެއް) ދުވަހުގެ ތެރޭގައި ހުށަހަޅަންޖެހޭ ކަމަށް އަހުރެންނަށް ޤަބޫލުކުރެވެއެވެ. މި މައްސަލައިގައި އިސްތިއުނާފުކުރާ ފަރާތުން ކްރިމިނަލް ކޯޓުގެ ނިންމުން އިސްތިއުނާފުކުރުމަށް އެނިންމުން ނިންމި ތާރީޚުން ފެށިގެން 10 (ދިހައެއް) ދުވަހުގެ މުއްދަތުގެ ތެރޭގައި ހުށަހަޅާފައިވާތީ، މި މައްސަލައިގައި އިސްތިއުނާފުރައްދުވާ ފަރާތުން ހުށަހަޅާފައިވާ އިޖުރާއީ އިޢުތިރާޒު ބަލައިނުގަތުމަށް ފެނެއެވެ.

އިސްތިއުނާފުގެ މައުޟޫޢުއާ ގުޅޭ

35މި މައްސަލައިގާ އިސްތިއުނާފުކުރާ ފަރާތުން މައިގަނޑު 3 (ތިނެއް) ސުވާލެއް މިކޯޓަށ ކުރިމަތިކޮށްފައިވެއެވެ. އެއީ:-

15.1 ކްރިމިނަލް ކޯޓުގެ ނަންބަރު C/2026-CO/21279/Cr (23 އޮގަސްޓު 2026) ކޯޓު އަމުރުން އިސްތިއުނާފުކުރާ ފަރާތުގެ އެކައުންޓު ތައް ފްރީޒްކުރުމަށް ކަނޑައަޅާފައިވާއިރު، އިސްތިއުނާފުކޮށްފައިވާ "އަމިއްލަ މީހުން ފޮނުވާ މެއިލްގެ ޖަވާބު"ގައި އެ އަމުރުގެ ދަށުން ހިފަހައްޓާފައިވާ ފައިސާ ދޫކުރެވެން ނެތްކަމަށް އަންގާފައިވަނީ، ޤާނޫނީ އިމުގެ ތެރެއިންތޯ؟

15.2 އިސްތިއުނާފުކޮށްފައިވާ "އަމިއްލަ މީހުން ފޮނުވާ މެއިލްގެ ޖަވާބު" މަބްދަޢުއް ޝަރުޢިއްޔާއާ ޚިލާފުތޯ؟ އަދި

15.3 އިސްތިއުނާފުކޮށްފައިވާ "އަމިއްލަ މީހުން ފޮނުވާ މެއިލްގެ ޖަވާބު" ފަނޑިޔާރު ނިންމުމަށް ވާޞިލުވި ސަބަބު ބަޔާންކުރުމުގެ އުޞޫލުތަކާ ޚިލާފުތޯ؟ އެވެ . މިސުވާލުތަކުގެ ތެރެއިން، އެންމެ ފަހު ސުވާލުގެ ޖަވާބަ އެންމު ފުރަތަމަދިނީމކ، އަނެއް ދެ ސުވާލގުޅާ ގޮތުން ޖަވާބު ދިނުމުގެ ކުރިން ބޭނުންތެރި ކަމެއްކަމަށް ފެނެއެވެ.

36ފަނޑިޔާރު ނިންމާ ނިންމުމަކީ ހެއްކާ ގަރީނާއަށް ބިނާކޮށް އިންސާފުވެރިކަމާއި އެކުގައި ކުރި ޙުކުމެއް ކަން ކަށަވަރު ކުރެވޭނެ ހަމައެކަނި ގޮތަކީ ޝަރީއަތުގެ ކުރިމައްޗަށް ހުށަހެޅުނު ހެކިތަކަކީ ކޮބައި ކަމާއި، އެ ހެކިތައް ވަޒަންކުރި ގޮތާއި، އެ ޙކުމަށު ފަނޑިޔާރު ވޞާ ލުވި ސަބަބުތައް ލިޔެ ބަޔާންކުރުމުން ކަމަށާއި، ޙުކުމަށް ފަނޑިޔާރު ވ ޞާ ލުވި ސަބަބުތައް ލިޔެ ބަޔާންކޮށްފައި އޮތުމަކީ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ހ) އިން ކަށަވަރުކޮށްދީފައިވާ އިންސާފުވެރި ޝަރީއަތެއް ކުރެވުމުގެ ޙައްޤު ގެ މައިގަނޑު އުންސުރުކަމަށް ސުޕްރީމް ކޯޓުގެ އަޙްމަދު އިސްމާޢީލް ވ. ލަޠީފާ ޢަލީ ޙަސަން ޤަޟިއްޔާގައި ބަޔާންކޮށްފައިވެއެވެ. އަދި ޙުކުމަށް ވ ޞާ ލުވި ސަބަބުތައް ބަޔާންކުރުނި ފަނޑިޔާރުންގެ މައްޗަށް ލާޒިމުވާ ސަބަބަކީ، އެ މައްސަލައެއް އެކަށީގެންވާ މިންވަރަކަށް އެ ފަނޑިޔާރު ބަލައިފިކަން ކަށަވަރު ކުރެވޭނެ ވޞަ ލަތަކީ އެއީ ކަމުގައިވާތީކަމަށް ބަޔާންކޮށްފައިވެއެވެ.

33. އިސްތިއުނާފީ ކޯޓަށް ހުށަހަޅާ ބަހުސްތަކާމެދު ގޮތެއް ނިނމޭން އެ މައްސަލައެއްގައި ދަށުކޯޓުގެ ފަނޑިޔާރު ވަޒަންކޮށް ނިންމާފައިވާ ނިންމުން ބިނާކޮށްފައިވާ އަސާސަކީ ކޮބައިތޯ ބަލައިގެންނެވެ.

38މި މައްސަލައިގާ އިސްތިއުނާފުކޮށްފައިވާ "އަމިއްލަ މީހުން ފޮނުވާ މެއިލްގެ ޖަވާބު" ގައި ބަޔާންކޮށްފައިވަނީ އަންނަނިވި ފަދައިންނެވެ. "ޢުމަރު މަމްދޫޙް މުޙައްމަދު މާހިރު 3236 ސެޕްޓެނބަރް28 ވަނަ ދުވަހު މިކޯޓަށ ފޮނުވާފައިވާ އެކައުންޓްގައިވާ ފައިސާ ދޫކޮށްދިނުމަށ ނުވަތަ މުޢާމަލާތްކުރުން ހުއްޓުވުން ނިމުމަކަށް ގެނައުމުގެ އަމުރަކަށް އެދި ފަނޑިޔާރަށް ހުށަހަޅާ ފޯމުގެ ޖަވާބުގައި ދަންނަވަމެވެ. އެ ފޯމުގައި އެދިލައްވާފައިވާ މި ކޯޓުގެ ނަންބަރު C/2026-CO/21279/Cr އަމުރަކީ ދިވެހި ފުލުހުންގެ ފަރާތުން ތަޙްޤީޤްކުރާ މައްސަލައަކާއި ގުޅިގެން ނެރެފައިވާ އަމުރެއްކަމަށް ވުމުން، އަދި މިހާތަނަށް ތަހްޤީޤް ކޮށް ނިމިފައިވާކަން މިކޯޓަށް އަންގާފައިނުވާތީ، އެ ކޯޓު އަމުރުގެ ދަށުން ހިފަހައްޓާފައިވާ އެކައުންޓްތަކާއި، ފައިސާ ދޫކުރެވެން ނތެ ކަމަށ ދަންނަވަމެވެ. އަދި އެ ފޯމުގައި އެދިލައްވާފައިވާ ކަންތައްތައް ކަމާގުޅުންހުރި އިދާރާތަކުގައި ދަންނަވައިގެނ ކުރިއަށް ގެންދިޔުމަށް ވެސް ދަންނަވަމެވެ."

33. މިއީ، އިސްތިއުނާފުކުރާ ފަރާތުން އީމެއިލް މެދުވެރިކޮށް ހުށަހަޅާފައިވާ، ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 42 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އެ ގަވާއިދުގެ ޖަދުވަލު 10.06 ގައި ބަޔާންކުރާ "އެކައުންޓުގައިވާ ފައިސާ ދޫކޮށްދިނުމަށް ނުވަތަ މުޢާމަލާތްކުރުން ހުއްޓުވުން ނިމުމަކަށް ގެނައުމުގެ އަމުރަށް އެދި ފަނޑިޔާރަށް ހުށަހަޅާ ފޯމު" އާ ގުޅިގެން ކްރިމިނަލް ކޯޓުން ދީފައިވާ ޖަވާބެކެވެ. ބަޔާންކުރެވުނު ފޯމުގައި އިސްތިއުނާފުކުރާ ފަރާތުން ޤާނޫނުއަސާސީއާއި، ތަފާތު ޤާނޫނީ ނައްސުތަކުގެ މައްޗަށް ބިނާކޮށް ހުށަހެޅުންތަކެއް ހުށަހަޅާފައިވެއެވެ. އެ ހުށަހެޅުންތަކާ ގުޅިގެން ދަށު ކޯޓނު އެހުށަހެޅުންތަކަށް އެކަށީގެންވާ ގޮތެއްގައި ބަލާފައިވާ ކަމެއް އަދި އެ ނިންމުމަށް ވާސިލުވީ ކޮން ސަބަބުތަކެއް އަދި ކޮން އަސާސެއްގެ މައްޗަށް ބިނާކޮށްގެން ކަމެއް އިސްތިއުނާފުކޮށްފައިވާ "އަމިއްލަ މީހުން ފޮނުވާ މެއިލްގެ ޖަވާބު" އިން އެނގޭކަށް ނެތެވެ.

32. މި މައްސަލައިގައި އިސްތިއުނާފުކުރާ ފަރާތުން ކްރިމިނަލް ކޯޓށަ "އެކައުންޓުގައިވާ ފައިސާ ދޫކޮށްދިނުމަށް ނުވަތަ މުޢާމަލާތްކުރުން ހުއްޓުވުން ނިމުމަކަށް ގެނައުމުގެ އަމުރަށް އެދި ފަނޑިޔާރަށް ހުށަހަޅާ ފޯމު" އިން ހުށަހަޅާފައިވާ ކަންކަން އެކަށީގެންވާ ގޮތަކަށް ބަލައި، ގޮތެއް ނިންމާފައިނުވާތީ، ކޯޓު އަމުރު ނިމުމަކަށް ގެނސެ ދިނުމަށް އެދި އިސްތިއުނާފުކުރާ ފަރާތުން ކްރިމިނަލް ކޯޓަށް ހުށަހެޅި ހުށަހެޅުމުގައިވާ ކަންކަމުގެ މައުޟޫޢއަށު މިކޯޓުން ވަދެ، އިސްތިއުނާފުކޮށްފައިވާ "އަމިއްލަ މީހުން ފޮނުވާ މެއިލްގެ ޖަވާބު" އަކީ ޤާނޫނީ އިމުގެ ތެރެއިން ނިންމާފައިވާ ނިންމުމެއް ކަން ނުވަތަ އެނިންމުމުގެ ޝަރުޢިއްޔަތު ފުރިހަމަވޭތޯ/ނޫންތޯ މިކޯޓުން ބަލައި ގޮތެއް ކަނޑައަޅާނެ ތަނެއް އޮތްކަމަށް ނުފެނެއެވެ.އެހެންކަމުން، އިސްތިއުނާފުކުރެވިފައް ވާ ކްރިމިނަލް ކޯޓުގެ "އަމިއްލަ މީހުން ފޮނުވާ މެއިލްގެ ޖަވާބު " ބާޠިލްކުރަން ޖެހޭކަމަށް އަހުރެނ ނަށ ފެނެއެވެ.

މައްސަލަ ނިންމަން ފެންނަގޮތް

33. މި މައްސަލައިގައި އިސްތިއުނާފުކުރާ ފަރާތުން "އެކައުންޓުގައިވާ ފައިސާ ދޫކޮށްދިނުމަށް ނުވަތަ މުޢާމަލާތްކުރުން ހުއްޓުވުން ނިމުމަކަށް ގެނައުމުގެ އަމުރަށް އެދި ފަނޑިޔާރަށް ހުށަހަޅާ ފޯމު" އިން ކްރިމިނަލް ކޯޓަށް ހުށަހެޅި ކަންކަން މައުޟޫޢީ ގޮތުން ބަލއަ ގޮތެއް ނިންމާފައިނުވާތީ، ކްރިމިނަލް ކޯޓުގެ ނަންބަރު J/2026/13-145 "އަމިއްލަ މީހުން ފޮނުވާ މެއިލްގެ ޖަވާބު" ބާޠިލުކމަށަ ކަނޑައަޅައި، އިސްތިއުނާފުކުރާ ފަރާތުން ކްރިމިނަލް ކޯޓަށް ހުށަހޅެ "އެކައުންޓުގައިވާ ފައިސާ ދޫކޮށްދިނުމަށް ނުވަތަ މުޢާމަލާތްކުރުން ހުއްޓުވުން ނިމުމަކަށް ގެނައުމުގެ އަމުރަށް އެދި ފަނޑިޔާރަށް ހުށަހަޅާ ފޯމު" ގައިވާ ކަންކަން މައުޟޫޢީ ގޮތުން ބަލައި ފައިސަލާ ކުރަނިވި ނިންމުމެއް ނިންމުމަށްޓަކައި، ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނ)ގ 16 ވަނަ މާއްދާގެ (ށ) ގެ ދަށުން މި މައްސަލަ ކްރިމިނަލް ކޯޓަށް ތަޙުވީލުކުރނަ ފެނެއެވެ.

ފަނޑިޔާރާ ޙުސައިން މަޒީދުގެ ރައުޔު

33. ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމްގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.

ފަނޑިޔާރު ޢަބްދުލްމާނިޢު ޙުސައިންގެ ރައުޔް

32. ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމްގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

ޝަރީޢަތުގެ ވީޑިއޯ

މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.

ޝެއަރ ކުރައްވާ