ދިވެހިރާއްޖޭގެ މަތީ މަރުޙަލާގެ ކޯޓުތަކުން ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލުތައް

Maldives Legal Precedents

Saeed Lex
2008/SC-C/02ސުޕްރީމް ކޯޓު · 2 އޮކްޓޫބަރު 2008

—

ސުޕްރީމް ކޯޓު
6 ޙުކުމެއްގައި ޙަވާލާދީފައިޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 2 އޮކްޓޫބަރު 2008ބާވަތް: އިންތިޚާބީ

ޚުލާޞާ

ޚުލާޞާ ނެތް.

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
—
ފަހުގެ ތާރީޚު
—

ނިންމުން

—

ކޯ ޓާމްސް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

މި ލިޔުމުން އުޞޫލެއް ނުނެގުނު.

ފަނޑިޔާރުން

ބެންޗު
—
ޚިލާފު ރައުޔު
ނެތް

ޝަރީޢަތުގެ ވީޑިއޯ

ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.

ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާ

ޤަޟިއްޔާ ނަންބަރު: 2008/SC-C/02

ހުށަހެޅި ފަރާތް: ސޯޝަލް ލިބަރަލް ޕާޓީ

މައްސަލައިގެ ބާވަތް: ދުސްތޫރީ މައްސަލައެއް

ހުށަހެޅުނު ތާރީޚް: 23-09-2008

ނިމުނު ތާރީޚް: 02-10-2008

މައްސަލަ ނިންމި ގަޑި: 14:45

މައްސަލައިގެ ޚުލާޞާ

މިއީ 20 ސެޕްޓެމްބަރު 2008 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމަށް ކުރިމަތިލާފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން އިޢުލާނު ކުރައްވާފައިވާ މއ. ކިނބިގަސްދޮށުގޭ މައުމޫނު ޢަބްދުލްޤައްޔޫމު ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމަށް ކުރިމަތިލުމަކީ ޤާނޫނުއަސާސީއާ ޚިލާފުކަމެއްކަމަށް ބުނެ މއ. ކިނބިގަސްދޮށުގޭ މައުމޫނު ޢަބްދުލްޤައްޔޫމު، ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމަށް ކުރިމަތިލުމަށް ޝަރުޠުފުރިހަމަނުވާކަމަށް ކަނޑައަޅާދެއްވުމަށްއެދި ޤާނޫނުއަސާސީގެ 113 ވަނަ މާއްދާގެ ދަށުން އިލެކްޝަންސް ކޮމިޝަނުގެ މައްޗަށް ސޯޝަލް ލިބަރަލް ޕާޓީގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ދަޢުވާއެކެވެ.

-1 މިމައްސަލައިގެ ދެފަރާތުން ދެއްކި ވާހަކަތަކާއި ހުށަހެޅި ލިޔުންތަކުގެ މައްޗަށް ބަލާއިރު މިމައްސަލައަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 107 ވަނަ މާއްދާގެ (ހ) މާނަކުރުމާމެދު ޚިލާފުވެފައިވާ މައްސަލައެއްކަން އެނގެއެވެ.

-2 ޤާނޫނުއަސާސީގެ 107 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާކަމުގެ ދައުރަކީ ފަސްއަހަރު ދުވަހެވެ. އަދި، މި ޤާނޫނުއަސާސީގެ ދަށުން ރައީސުލްޖުމްހޫރިއްޔާގެ މަޤާމަށް އިންތިޚާބުކުރެވޭ އެއްވެސް މީހަކަށް ވިދިވިދިގެން ނުވަތަ އެނޫން ގޮތަކަށްވެސް ދެދައުރަށްވުރެ ގިނަދުވަހު ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމެއް ނުފުރޭނެއެވެ.

-3 ލިޔެވިފައިވާ ޤާނޫނުއަސާސީއެއްގެ ޢިބާރާތް ތަފުސީރުކުރުމުގައި ޝަރުޢީ ކޯޓުތަކުން ގެންގުޅޭ މިންގަނޑުތަކާއި އުޞޫލުތަކަށް ރިޢާޔަތްކުރާއިރު އެންމެ ފުރަތަމަ ބަލަންޖެހޭނީ ޤާނޫނުއަސާސީއެއް އެކަށައެޅި ފަރާތުގެ ނިޔަތުގެ މައްޗަށްކަން އެނގެއެވެ. ލިޔެވިފައިވާ ޤާނޫނުއަސާސީގެ ޢިބާރާތެއް ދޭހަކޮށްގަތުމަށްޓަކައި ބަލަންޖެހޭނީ ޤާނޫނު އެކަށައަޅާ ފަރާތާއި ޤާނޫނު ތަޞްދީޤްކުރާ ފަރާތުގެ ނިޔަތަށްކަން އެނގެއެވެ.

މިނިޔަތް ދެނެގަތުމަށްޓަކައި ބަލަންޖެހޭނީ ޤާނޫނުއަސާސީގައިވާ ޢިބާރާތްތަކާއި ލަފުޒުތަކުން ޢާއްމުކޮށް ދޭހަވާ މާނައަށެވެ. މިގޮތުން ބަލަންޖެހޭ މައިގަނޑު އުޞޫލަކީ ޤާނޫނު އެކަށައަޅާ ދުވަސްވަރުތިބި ހަމަވިސްނުންތެރި ބަޔަކު ޤާނޫނުއަސާސީގެ ޢިބާރާތުން ދޭހަވާ ޢާއްމު މާނަކަމަށް ނުވަތަ ޖުމްލަ މާނަކަމަށް ކަނޑައަޅާ މާނައަށެވެ.

ސީދާ ސަރީޙަބަހުން ކަނޑައެޅި ސާފުކޮށް އޮތް ޢިބާރާތެއްނަމަ އެއިންދޭހަވާ މާނައަކީ ޤާނޫނު އެކަށައަޅާފަރާތުން ޤަސްދުކުރި މާނަކަމުގައިވާނެއެވެ. ތަފުސީރުކުރުމުގެ އެނޫން ވަސީލަތްތަކަށް ރިޢާޔަތްކޮށް ޤާނޫނުއަސާސީ ތަފުސީރުކުރަންޖެހެނީ ޢިބާރާތުގެ މާނައަށް އޮޅުން އަރާގޮތަކަށް އޮތްނަމައެވެ. އަދި އެއްމާނައަށްވުރެ ގިނަ މާނަ ދޭހަކުރެވޭގޮތަކަށް ނުވަތަ ސާފުނޫންގޮތަކަށް ޢިބާރާތް އޮތްނަމައެވެ.

4- ލިޔެވިފައިވާ ޤާނޫނުއަސާސީއެއްގައި އެކުލެވޭ ގިނަ އުޞޫލުތަކެއް ޢުރުފް ނުވަތަ ޤަޟާއީ ނިންމުންތައް ފަދަ އަޞްލުތަކަކުން ނެގިދާނެކަމާ ނަމަވެސް ލިޔެވިފައިވާ ޤާނޫނުއަސާސީއެއްގައި އެކުލެވޭ އެންމެހައި އުޞޫލުތައް ނުވަތަ ގިނަ އުޞޫލުތައް ހުންނަންޖެހޭނީ ލިޔެވިފައިކަމަށް ދުސްތޫރީ ޢިލްމުވެރިން ބުރަވާކަން އެނގެއެވެ.

ދިވެހިރާއްޖޭގައި 1932 ވަނަ އަހަރު ލިޔެގެން، ފުރަތަމަ ޤާނޫނުއަސާސީ ފާސްކުރި ތާރީޚުން ފެށިގެން ރާއްޖޭގައި ޢަމަލުކުރެވިފައިވަނީ އެއިރަކު ޢަމަލުކުރެވޭ ޤާނޫނުއަސާސީގައި ލިޔެވިފައިވާ އުޞޫލުތަކަށްކަން އެނގެއެވެ.

5- ދުސްތޫރީ ޤާނޫނުގެ ޢިލްމުވެރިން ބުރަވާގޮތުގައި ޤާނޫނުއަސާސީ އުވޭ އެތަކެއްގޮތެއް އޮންނަކަން އެނގެއެވެ. އޭގެތެރޭގައި ޤާނޫނުއަސާސީގެ ހުރިހައި ނައްޞުތައް އިޞްލާޙުކޮށްގެން، ޤާނޫނުއަސާސީ އިޞްލާޙުކުރުން ހިމެނޭކަން ފާހަގަކުރެވެއެވެ. ޢަމަލުކުރެވެމުންދާ ޤާނޫނުއަސާސީއެއްގެ ބައެއް ނައްޞުތައް އިޞްލާޙުކުރުމަކީ އެޤާނޫނުއަސާސީ އުވެންޖެހޭކަމެއްކަމަށް ނުވިޔަސް ހުރިހައި ނައްޞުތައް އިޞްލާޙުކުރުމަކީ ކުރީގެ ނައްޞު އުވޭގޮތެއްކަމަށް ދުސްތޫރީ ޢިލްމުވެރިން ބުރަވާކަން އެނގެއެވެ. އަދި ޤާނޫނުއަސާސީއެއްގެ ހުރިހައި ނައްޞުތައް އިޞްލާޙުކޮށް ކުރީގެ ނައްޞުތައް އުވާލެވެނީ މުޖުތަމައަކަށް އައިސްފައިވާ ސިޔާސީ، އިޤްތިޞާދީ އަދި އިޖުތިމާޢީ ބަދަލުތަކަކާއި ފައިހަމަކުރުމަށް ޤާނޫނުއަސާސީގައި އެކުލެވޭ އުޞޫލުތަކާއި ޙުކުމްތައް ނުކުޅެދިފައިވާކަން ހާމަވުމުންކަމާއި، އަދި ޤާނޫނުއަސާސީން ބައެއް ނައްޞުތައް އިޞްލާޙްކުރުމަކީ އެފަދަ ޙާލަތަކަށް ފުދޭނެ ޙައްލަކަށް ނުވުމުންކަން އެނގެއެވެ. އަދި ކިއެއްތަ މިފަދަ ޙާލަތުގައި މުޖްތަމަޢުގެ މިބުނިފަދަ ބަދަލުތަކާ އެއްގޮތްވާނޭ ޤާނޫނުއަސާސީއެއް އެކަށްއެޅުން ލާޒިމުވާނެއެވެ.

6- ދުސްތޫރީ ޢިލްމުވެރިން ބުރަވާގޮތުގައި ޤާނޫނުހަދާ ބާރުން އާދައިގެ ޤާނޫނުތައް ޢާއްމުގޮތެއްގައި އިޞްލާހުކުރާ އިޖުރާއާތުތަކެއްގެ ދަށުން ޤާނޫނުއަސާސީގެ ބައެއް ނައްޞުތައް އިޞްލާޙުކުރުން ޤާނޫނުއަސާސީއެއްގެ ނައްޞުން ބައެއް ފަހަރު ހުއްދަކުރެވޭކަން ފާހަގަކުރެވެއެވެ. ނަމަވެސް ގިނަ ދުސްތޫރީ ޢިލުމުވެރިން ބުރަވާގޮތުގައި ޤާނޫނުއަސާސީއެއްގެ ހުރިހައި ނައްޞުތައް އިޞްލާޙުކޮށް އާޤާނޫނުއަސާސީއެއް އެކަށައަޅައި ކުރިންއޮތް ޤާނޫނުއަސާސީ އުވާލުމުގެ ބާރުލިބިގެންވަނީ ޤާނޫނުއަސާސީ އެކަށައެޅުމުގެ ބާރުލިބިފައިވާ ތައުސީސީ މުއައްސަސާއަކަށްކަމަށާއި އެމުއައްސަސާވާންވާނީ ރައްޔިތުން ތަމްސީލުކުރެވޭ އަދި ދައުލަތުގެ ސިޔާދަތުގެ ނަމުގައި ވާހަކަދެއްކޭ މުއައްސަސާއަކަށްކަން އެނގެއެވެ. އެގޮތުން ބަލާއިރު 7 އޯގަސްޓް 2008 ގައި ޢަމަލުކުރެވެންފެށި ޤާނޫނުއަސާސީ އެކަށައެޅީ ރައްޔިތުންގެ ޚާއްސަ މަޖިލީހަކީ މިފަދަ މުއައްސަސާއެއްކަން އެނގެއެވެ.

7- 1932 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ހިންގުނު އެންމެހައި ޤާނޫނުއަސާސީތަކަށް ބަލާއިރު، ފުރަތަމަ ޤާނޫނުއަސާސީ ހިންގަން ފެށީ 06 ޑިސެމްބަރ 1932 ގައެވެ. އޭގެފަހުގައި 14 ފަހަރަށް ޤާނޫނުއަސާސީ ބަދަލުކޮށްފައިވާކަން އެނގެއެވެ. މީގެ ތެރެއިން ޤާނޫނުއަސާސީ މުޅިން އިޞްލާޙުކުރި ކޮންމެފަހަރަކު ކުރިން ހިނގަމުންއައި ޤާނޫނުއަސާސީ ބާޠިލުވެފައިވާކަން އެނގެއެވެ. އަދި އަލަށް ހިންގަންފަށާ ޤާނޫނުއަސާސީގައި ބާޠިލުވި ޤާނޫނުއަސާސީއާއި އެއްގޮތްވާ އުޞޫލެއް ހިމެނުނު ކަމުގައިވިޔަސް އެއުޞޫލަށް ޤާނޫނީ ބާރެއް ލިބިފައިވަނީ ކުރީގެ ޤާނޫނުއަސާސީގައި އެއުޞޫލު ހިމެނިފައިވާތީނޫންކަން އެނގެއެވެ. އަދި ކިއެއްތަ އެއުޞޫލަށް ޤާނޫނީ ބާރު ލިބިފައިވަނީ އަލަށް ޢަމަލުކުރަންފަށާ ޤާނޫނުއަސާސީގައި އެއުޞޫލު ހިމެނުނީތީކަން އެނގެއެވެ.

8- ޤާނޫނީ އުޞޫލުތަކަށް ބަލާއިރު، އަލަށް ފާސްވާ ޤާނޫނަކީ އަލަށް އެކުލަވާލެވުނު ޤާނޫނަކަށްވިޔަސް ނުވަތަ އިޞްލާޙުކުރެވުނު ޤާނޫނަކަށް ވިޔަސް އެޤާނޫނުގެ ޙުކުމެއް ނުވަތަ އުޞޫލެއްވިޔަސް ވޭތުވެދިޔަ ޒަމާނުގެ މައްޗަކަށް ނުވަތަ ވޭތުވެދިޔަ ހާދިސާއެއްގެ މައްޗަކަށް ނުހިންގުމަކީ އެއާމެދު ޚިލާފެއްނެތް ޤާނޫނީ އުޞޫލެއްކަން އެނގެއެވެ. އިސްތިސްނާ ގޮތެއްގައިވެސް ވޭތުވެދިޔަ ކަމަކަށް ނުވަތަ ވޭތުވެދިޔަ ޒަމާނުގެ ތެރެއަށް އަލަށް ހިންގަންފެށި ޤާނޫނެއްގެ ޙުކުމް ނުވަތަ އުޞޫލެއްވިޔަސް ހިންގޭނީ އަލަށް ފާސްވި ޤާނޫނުގައި އެގޮތަށް ކަނޑައެޅި ބަޔާންކޮށްފައިވާނަމަ، ނުވަތަ އެހެން ޤާނޫނަކުންވިޔަސް އެފަދަ އިސްތިސްނާއަކަށް ތަންދޭނަމަކަން އެނގެއެވެ.

9- 7 އޯގަސްޓް 2008 ވަނަ ދުވަހު ޢަމަލުކުރަންފެށި ޤާނޫނުއަސާސީގެ 107 ވަނަ މާއްދާގެ (ހ) ގައި "އަދި މިޤާނޫނުއަސާސީގެ ދަށުން ރައީސުލްޖުމްހޫރިއްޔާގެ މަޤާމަށް އިންތިޚާބުކުރެވޭ އެއްވެސް މީހަކަށް ވިދިވިދިގެން ނުވަތަ އެނޫނުންގޮތަކަށްވެސް ދެދައުރަށްވުރެ ގިނަދުވަހު ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމެއް ނުފުރޭނެ" އެވެ. މިގޮތަށް ފާސްކޮށްފައިވާއިރު ޤާނޫނުއަސާސީ އިޞްލާޙުކުރުމުގެ މަސައްކަތް ރައްޔިތުންގެ ޚާއްސަ މަޖިލީހުން ކުރިއިރު "ރައީސުލްޖުމްހޫރިއްޔާކަމުގެ ދެދައުރު ފުރިހަމަކޮށްފައިވާ މީހަކަށް އަލުން އެމަޤާމަށް ކުރިމައްޗެއް ނުލެވޭނެކަން" ސާފުބަހުން އޮތް މާއްދާ ބޭއްވުމަށް ރައްޔިތުންގެ ޚާއްސަ މަޖިލީހުން ފާސްކޮށްފައިނުވާތީ ޤާނޫނުއަސާސީގެ 107 ވަނަ މާއްދާ ފާސްކުރުމުގައި ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ ނިޔަތަކީ ކުރިން ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމު ފަސްއަހަރުގެ ދެދައުރު ފުރިހަމަކޮށްފައިވާ މީހަކު ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމަށް ކުރިމަތިނުލެވޭގޮތް ހެދުންކަން ސާބިތުކުރެވެން ނެތްކަން އެނގެއެވެ.

10- މި ޤާނޫނުއަސާސީއަށް ޢަމަލުކުރާން ފެށުމުން 1998 ޖެނުއަރީ 01 ވަނަ ދުވަހު ޢަމަލުކުރާން ފަށާފައިވާ "ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ" އުވުނީކަމަށް 2008 އޯގަސްޓް 07 ވަނަ ދުވަހު ޢަމަލުކުރަންފަށާފައިވާ ޤާނޫނުއަސާސީގެ 293 ވަނަ މާއްދާގެ (ށ) ގައި ކަނޑައަޅާފައިވާކަން އެނގެއެވެ.

ޙުކުމް:

ވީމާ، 2008 ސެޕްޓެމްބަރު 20 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާގެ މަޤާމަށް ކުރިމަތިލާފައިވާކަމަށް އިލެކްޝަން ކޮމިޝަނުން އިޢުލާންކޮށްފައިވާ މއ. ކިނބިގަސްދޮށުގޭ، މައުމޫން ޢަބްދުލްޤައްޔޫމު ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމަށް ކުރިމަތިލާފައިވަނީ، ޤާނޫނުއަސާސީގެ 107 ވަނަ މާއްދާގެ (ހ) އާއި އެއްގޮތްވާ ގޮތުގެމަތިންކަން ސާބިތުވާތީ، މއ. ކިނބިގަސްދޮށުގޭ، މައުމޫން ޢަބްދުލްޤައްޔޫމު ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމަށް ޝަރުޠު ފުރިހަމަވާކަމަށް އިލެކްޝަން ކޮމިޝަނުން ނިންމި ނިންމުން ޞައްޙަކަމަށް ކަނޑައަޅައިފީމެވެ.

މައްސަލަ ބެއްލެވި ފަނޑިޔާރުން:

އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސަޢީދު

ފަނޑިޔާރު މުޖުތާޒު ފަހުމީ

ފަނޑިޔާރު ޔޫސުފް ޙުސައިން

ފަނޑިޔާރު ޢަބްދުﷲ ޢަރީފް

ފަނޑިޔާރު އަޙްމަދު ފާއިޒު ޙުސައިން

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ޝެއަރ ކުރައްވާ