ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
2020/SC-HCL/05, 2019/SC-A/97

ޙައްވާ ނާޞިޙާ ވ. މުޙައްމަދު ނާޝިދު، ފާޠިމަތު ނާޝިދާ، އާމިނަތު ނާޝިދާ، މަރްޔަމް ނާހިދާ، ޒައިނަބު ނާޡިމާ އަދި އަޙްމަދު ޝާހިދު

ސުޕްރީމް ކޯޓުސިވިލް ކޯޓުގެ 3316/Cv-C/2017 ޤަޟިއްޔާގެ އިސްތިއުނާފު ބަލައިނުގަތުމަށް ހައިކޯޓުގެ ރަޖިސްޓްރާރ ނިންމި ނިންމުމަށް ބަދަލުގެންނަންޖެހޭ ތަނެއް ނެތްކަމަށް ހައިކޯޓުގެ ފަނޑިޔާރުން HC-RM/2019/75(NR) ގައި ކަނޑައަޅާފައިވަނީ ޤާނޫނީ ހަމަތަކާ އެއްގޮތަށްކަމަށް ކަނޑައަޅައި، އިސްތިއުނާފުކުރުމުގެ ހުއްދަ ނުދީ މައްސަލަ ނިންމައިފި.
ފަހުގެ ޙުކުމެއްގައި ޙަވާލާދީފައެއް ނުފެނޭޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 22 ނޮވެމްބަރު 2020ދަށު ކޯޓު: ހައިކޯޓު HC-RM/2019/75(NR)ބާވަތް: މަދަނީ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
HC-RM/2019/75(NR)، 95-CR/INDIV/2019/140، 3316/Cv-C/2017، 2016/HC-A/406، 2308/Cv-C/2015، 513/Cv-C/2015
ފަހުގެ ތާރީޚު
—

ކޯ ޓާމްސް

ޚުލާޞާ

ކޯޓަށް އައި ގޮތް
ސިވިލް ކޯޓުގެ 3316/Cv-C/2017 ޙުކުމް ހައިކޯޓުގެ 2016/HC-A/406 ޤަޟިއްޔާއިން ކަނޑައެޅި ގޮތުގެ މަތިން ކަމަށްވާތީ، އޭގެ އިސްތިއުނާފު ހައިކޯޓުގެ ރަޖިސްޓްރާރ ބަލައިނުގަތެވެ. އެ ނިންމުމަށް ބަދަލުގެންނަންޖެހޭ ތަނެއް ނެތްކަމަށް ހައިކޯޓުގެ ފަނޑިޔާރުން ނިންމިއެވެ.
ވާޤިޢާ
މީހަކުގެ މުދަލާއި ފައިސާ ބެލެހެއްޓުމުގެ ޒިންމާ އެހެން ފަރާތަކާ ޙަވާލުކުރުމަށް އެދިއްޖެނަމަ ސިވިލް ކޯޓުން ގޮތެއް ކަނޑައަޅަންޖެހޭ ކަމަށް 2016/HC-A/406 ގައި ނިންމިއެވެ. ދެން ބެލި 3316/Cv-C/2017 ޤަޟިއްޔާގައި ސިވިލް ކޯޓުން ދަރިންކުރެ ދެ ފަރާތެއް ޢައްޔަންކޮށް ޖޮއިންޓް އެކައުންޓެއް ހުޅުވަން ނިންމިއެވެ. ރަޖިސްޓްރާރގެ ނިންމުން މުރާޖަޢާކުރި މަޖިލީހުގައި ކުރީގެ ޤަޟިއްޔާ ބެލި ފަނޑިޔާރަކު ހިމެނުނެވެ.
ކޯޓުން ނިންމަން ޖެހުނު ސުވާލު
ހައިކޯޓުގެ ކުރީގެ ޤަޟިއްޔާއެއް ބެލި ފަނޑިޔާރަކު، އެ ޤަޟިއްޔާއާ ގުޅޭ ދަށު ކޯޓުގެ ޙުކުމެއްގެ އިސްތިއުނާފު ބަލައިގަތުމާމެދު ރަޖިސްޓްރާރގެ ނިންމުން މުރާޖަޢާކުރުމުގައި ބައިވެރިވުމަކީ ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 19 ވަނަ މާއްދާގެ (ރ) އާއި 47 ވަނަ މާއްދާއާ ޚިލާފު ކަމެއްތޯ.
ޚަޞްމުންގެ ހުށަހެޅުންތައް
ޙައްވާ ނާޞިޙާ ބުނީ ރަޖިސްޓްރާރގެ ނިންމުން މުރާޖަޢާކުރި ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގައި 2016/HC-A/406 ޤަޟިއްޔާ ބެލި ފަނޑިޔާރަކު ބައިވެރިވެފައިވާ ކަމަށާއި، ހައިކޯޓުގެ ނިންމުމަކީ ޝަރުޢީ އަދި ޤާނޫނީ އުޞޫލާ ޚިލާފަށް ނިންމި ނިންމުމެއް ކަމަށެވެ. ރެސްޕޮންޑެންޓުންގެ ހުށަހެޅުމެއް ނިންމުމުގައި ބަޔާންކޮށްފައެއް ނުވެއެވެ.
ކޯޓުގެ ސަބަބުތައް
ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 19 ވަނަ މާއްދާގެ (ރ) އާއި 47 ވަނަ މާއްދާގެ ދަށުން ތަޙުވީލުކުރާ މައްސަލަތައް ބަލަންވާނީ ކުރިން ޙުކުމްކުރި ފަނޑިޔާރުން ނުހިމެނޭ މަޖިލީހަކުން ކަމަށް ވިޔަސް، މި މައްސަލައިގެ ޙާލަތު ތަފާތެވެ. ކުރީގެ ޤަޟިއްޔާ ބެލި ފަނޑިޔާރަކު އިސްތިއުނާފު ބަލައިގަތުމާމެދު ގޮތެއް ނިންމުމުގައި ބައިވެރިވުމަށް ޤާނޫނީ ހުރަހެއް ނެތެވެ. އެ ފަނޑިޔާރުގެ އަމިއްލަ މަޞްލަޙަތެއް އޮތްކަމެއްވެސް ސާފެއް ނުވެއެވެ.

ނިންމުން

ސިވިލް ކޯޓުގެ 3316/Cv-C/2017 ޤަޟިއްޔާގެ އިސްތިއުނާފު ބަލައިނުގަތުމަށް ހައިކޯޓުގެ ރަޖިސްޓްރާރ ނިންމި ނިންމުމަށް ބަދަލުގެންނަންޖެހޭ ތަނެއް ނެތްކަމަށް ހައިކޯޓުގެ ފަނޑިޔާރުން HC-RM/2019/75(NR) ގައި ކަނޑައަޅާފައިވަނީ ޤާނޫނީ ހަމަތަކާ އެއްގޮތަށްކަމަށް ކަނޑައަޅައި، އިސްތިއުނާފުކުރުމުގެ ހުއްދަ ނުދީ މައްސަލަ ނިންމައިފި.

ސިވިލް ކޯޓުގެ 3316/Cv-C/2017 ޤަޟިއްޔާގެ އިސްތިއުނާފު ބަލައިނުގަތުމަށް ހައިކޯޓުގެ ރަޖިސްޓްރާރ ނިންމި ނިންމުމަށް ބަދަލުގެންނަންޖެހޭ ތަނެއް ނެތްކަމަށް ހައިކޯޓުގެ ފަނޑިޔާރުން HC-RM/2019/75(NR) ގައި ކަނޑައަޅާފައިވަނީ ޤާނޫނީ ހަމަތަކާ އެއްގޮތަށްކަމަށް ކަނޑައަޅައި، އިސްތިއުނާފުކުރުމުގެ ހުއްދަ ނުދީ މައްސަލަ ނިންމައިފި.

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

HN1 ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 19 ވަނަ މާއްދާގެ (ރ) އާއި 47 ވަނަ މާއްދާއަށް ބެލުމުން، ހައިކޯޓުން އަލުން ބެލުމަށް ސުޕްރީމް ކޯޓުން ތަޙުވީލުކުރާ މައްސަލަތައް ހައިކޯޓުން ބަލަންވާނީ އެ މައްސަލައެއްގައި ކުރިން ޙުކުމްކުރި ފަނޑިޔާރުން ނުހިމެނޭ މަޖިލީހަކުންނެވެ. އަދި ހައިކޯޓުން އަލުން ބެލުމަށް ދަށު ކޯޓަކަށް ނުވަތަ ޓްރައިބިއުނަލަކަށް ތަޙުވީލުކުރާ މައްސަލަތައް ބަލަންވާނީ އެ މައްސަލައެއްގައި ކުރިން ޙުކުމްކުރި ނުވަތަ ނިންމުން ނިންމި ފަނޑިޔާރު ނުވަތަ ނިޔާވެރިޔާ ނޫން އެހެން ފަނޑިޔާރަކު ނުވަތަ ނިޔާވެރިޔަކުއެވެ.

HN2 ތަޙުވީލުކުރާ މައްސަލަތަކާ ތަފާތު ޙާލަތެއްގައި، ހައިކޯޓުގެ ކުރީގެ ޤަޟިއްޔާއެއްގެ ޙުކުމްކުރި ފަނޑިޔާރުންގެ މަޖިލީހުގައި ހިމެނޭ ފަނޑިޔާރަކު، އެ ޤަޟިއްޔާއާ ގުޅޭ ދަށު ކޯޓުގެ ޙުކުމެއް އިސްތިއުނާފުކުރުމާ ގުޅިގެން އެ މައްސަލަ ހައިކޯޓަށް ބަލައިގަތުމާމެދު ގޮތެއް ނިންމުމުގައި ބައިވެރިވުމަށް ޤާނޫނީ ހުރަހެއް ނެތެވެ.

ވަކީލުންނާއި ފަނޑިޔާރުން

ވަކީލުން
—
ބެންޗު
ޢަލީ ރަޝީދު ޙުސައިން (ރިޔާސަތު)، މަޙާޒު ޢަލީ ޒާހިރު، ޑރ. މުޙައްމަދު އިބްރާހީމް
ރިޔާސަތު
ޢަލީ ރަޝީދު ޙުސައިން
ރައުޔު ލިޔުނު ފަނޑިޔާރު
—
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ކޯޓުން ޕެރެގްރާފް ނަންބަރު ޖަހާފައި ނުވާތީ، [ ] ތެރޭގައިވާ ނަންބަރުތައް ޖަހާފައިވަނީ ސަޢީދު ލެކްސް އިން.

އިސްތިއުނާފުކުރުމުގެ ހުއްދައާމެދު ހައިކޯޓުގެ ފަނޑިޔާރުންގެ ނިންމުން މުރާޖަޢާކޮށް ނިމުނުގޮތް

ނަންބަރު:

2020/SC-HCL/05

މައްސަލަ ހުށަހެޅި ފޯމާ ގުޅޭ މަޢުލޫމާތު

ފޯމު ނަންބަރު:

(2019/SC-A/97) 2019/SC-L/143

ހުށަހެޅުނު ތާރީޚު:

06 އޮގަސްޓު 2019މައްސަލަ ހުށަހަޅާ ފަރާތުގެ މަޢުލޫމާތުފުރިހަމަ ނަން:

ޙައްވާ ނާޞިޙާ

ޢާންމު ނަން:

ޙައްވާ

ދާއިމީ އެޑްރެސް:

މ. ޗިޅިޔާ، މާލެ

މިހާރުގެ އެޑްރެސް:

މ. ޗިޅިޔާ، މާލެ

ހައިކޯޓުގެ ފަނޑިޔާރުންގެ ނިންމުމާގުޅޭ މަޢުލޫމާތު

ނިންމުމުގެ ނަންބަރު:

HC-RM/2019/75(NR)

ހުށަހެޅުނު ތާރީޚު:

11 މާރިޗު 2019ނިމުނު ތާރީޚު:

08 މެއި 2019

ހުށަހެޅިފައިވާ މައްސަލަ

[1]މިއީ، ސިވިލް ކޯޓުގެ ނަންބަރު 3316/Cv-C/2017 ޤަޟިއްޔާއިން ކޮށްފައިވާ ޙުކުމް އިސްތިއުނާފުކުރުމަށް މާލެ، މ. ޗިޅިޔާ، ޙައްވާ ނާޞިޙާ ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން، ސިވިލް ކޯޓުގެ ނަންބަރު 3316/Cv-C/2017 ޤަޟިއްޔާގައި ފައިޞަލާކޮށްފައިވަނީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/406 ގަޟިއްޔާގައި ކަނޑައަޅާފައިވާގޮތުގެ މަތީންކަމަށް އެނގެން އޮތުމުން، އެ މައްސަލަ ބަލައިނުގަތުމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ރަޖިސްޓްރާރ ނިންމި ނިންމުން މުރާޖަޢާކޮށްދިނުމަށް އެދި ހުށަހެޅުމުން، ރަޖިސްޓްރާރގެ ނިންމުމަށް ބަދަލުގެންނަން ޖެހޭ ތަނެއް ނެތްކަމަށް ނިންމި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގައި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/406 ގަޟިއްޔާ ބެލި ފަނޑިޔާރުންގެ މަޖިލީހުގައި ހިމެނޭ ފަނޑިޔާރަކު ބައިވެރިވެފައިވާކަމަށާއި، އެ ނިންމުން ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލާ ޚިލާފަށްކަމަށް ބުނެ އިސްތިއުނާފު ކުރުމުގެ ހުއްދައަށް އެދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުމުން ބެލުނު މައްސަލައެކެވެ.

[2]އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ރަޖިސްޓްރާރގެ ނިންމުން މުރާޖަޢާކޮށް ނިމުނު ގޮތުގެ ރިޕޯޓާއި، ހުށަހެޅިފައިވާ ލިޔުންތައް ބެލުމުން އަންނަނިވި ކަންކަން ފާހަގަކުރެވެއެވެ.

[3]ފުރަތަމަ ކަމަކީ: ސިވިލް ކޯޓުގެ ނަންބަރު 2308/Cv-C/2015 ޤަޟިއްޔާ އިސްތިއުނާފު ކުރުމުން ބެލުނު ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/406 ޤަޟިއްޔާގައި، ސިވިލް ކޯޓުގެ ނަންބަރު 513/Cv-C/2015 ޤަޟިއްޔާގައި ކަނޑައަޅާފައިވާ ފަދައިން ޙައްވާ ނާޞިޙާ ޢަމަލުކޮށްފައިނުވާކަން ސާބިތުވެފައިވާތީ، މޫސާމަނިކުގެ މުދަލާއި ފައިސާ ބެލެހެއްޓުމުގެ ޒިންމާ އެހެން ފަރާތަކާއި ޙަވާލުކުރަންޖެހޭކަމަށް ފެންނާތީ، ޙައްވާ ނާޞިޙާ ފިޔަވައި އެހެން ފަރާތަކާ ޙަވާލުކުރުމަށް މޫސާމަނިކުގެ ދަރިންގެ ތެރެއިން ކުއްޖަކު ނުވަތަ އަނބިމީހާގެ ފަރާތުން ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައިފިނަމަ، މޫސާމަނިކުގެ މަޞްލަޙަތު އެންމެ ރަނގަޅު ގޮތަކީ ކޮބައިކަން ބަލައި އެ ކަމާމެދު ސިވިލް ކޯޓުން ގޮތެއް ކަނޑައަޅަން ޖެހޭކަމަށް ކަނޑައަޅާފައިވާކަން އެނގެން އޮންނަކަމެވެ.

[4]ދެވަނަ ކަމަކީ: ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/406 ގަޟިއްޔާއިން ކަނޑައަޅާފައިވާ ފަދައިން މާލެ، މއ. ޗިޅިޔާވިލާ، މޫސާމަނިކުގެ މުދަލާއި، ފައިސާ ބަލެހެއްޓުމަށް މޫސާމަނިކުގެ ދަރިންކުރެ، މާލެ، މ. ޗިޅިޔާޖެހިގެ، މުޙައްމަދު ނާޝިދުގެ އިތުރަށް މާލެ، މ. ޗިޅިޔާ، ޚަދީޖާ ނާޞީޙާ މޫސާ ޢައްޔަންކުރުމަށާއި، މޫސާމަނިކުގެ މުދަލުން ލިބޭ ކުލީގެ ފައިސާ މި ދެ ފަރާތުގެ ނަމުގައި އޮންނަ ބޭންކު އެކައުންޓަކަށް ޖަމާކުރުމަށް ކަނޑައަޅައި ދިނުމަށް އެދި، މާލެ، މ. ޗިޅިޔާޖެހިގެ، މުޙައްމަދު ނާޝިދު، މާލެ، މ. ޗިޅިޔާޖެހިގެ، ފާޠިމަތު ނާޝިދާ، މާލެ، މ. ޗިޅިޔާޖެހިގެ، އާމިނަތު ނާޝިދާ، މާލެ، މ. ޗިޅިޔާޖެހިގެ، މަރްޔަމް ނާހިދާ، މާލެ، މ. ޗިޅިޔާޖެހިގެ، ޒައިނަބު ނާޡިމާ، މާލެ، މ. ޗިޅިޔާ، އަޙްމަދު ޝާހިދު، މާލެ، މ. ޗިޅިޔާ، ޚަދީޖާ ނާޞީޙާ މޫސާ، މާލެ، މ. ޗިޅިޔާ، އިބްރާހީމް ނަޝީދުގެ މައްޗަށް ޙައްވާ ނާޞިޙާ ސިވިލް ކޯޓަށް މައްސަލައެއް ހުށަހެޅުމުން، އެ މައްސަލަ އެ ކޯޓުގެ ނަންބަރު 3316/Cv-C/2017 ޤަޟިއްޔާއިން ބަލާފައިވާކަމެވެ.

[5]ތިންވަނަ ކަމަކީ: މާލެ، މއ. ޗިޅިޔާވިލާ، މޫސާމަނިކާއި އޭނާގެ އަނބިމީހާއާއި މުޅި ޢާއިލާގެ މަޞްލަޙަތުގައި އެ ވަގުތަށް އޮތް އެންމެ ރަނގަޅު ގޮތަކީ މޫސާމަނިކުގެ ދަރިންކުރެ، މޫސާމަނިކާއި އޭނާގެ އަނބިމީހާގެ އެންމެހައި ޚަރަދުތައް ހަމަޖައްސައި މުދަލާއި، ފައިސާ ބެލެހެއްޓުމުގެ ޒިންމާ އަމާންތަތެރިކަމާއެކު އަދާކުރުމަށް މާލެ، މ. ޗިޅިޔާޖެހިގެ، މުޙައްމަދު ނާޝިދުގެ އިތުރުން މޫސާމަނިކުގެ ދަރިންގެ ތެރެއިން ދެވަނަ ފަރާތެއްގެ ގޮތުގައި މާލެ، މ. ޗިޅިޔާޖެހިގެ، ޒައިނަބު ނާޡިމާ ހަމަޖައްސައި، މޫސާމަނިކުގެ މުދަލުން ލިބޭ ކުލީގެ ފައިސާ ޖަމާކުރުމުގެ ގޮތުން މުޙައްމަދު ނާޝިދާއި ޒައިނަބު ނާޡިމާ ނަމުގައި ޖޮއިންޓު އެކައުންޓެއް ހުޅުވައި، އެ އެކައުންޓަށް މޫސާމަނިކުގެ ހުރި ފައިސާއާއި، މޫސާމަނިކުގެ މުދަލުން ލިބޭ އެންމެހައި ފައިސާ ޖަމާކުރަމުން ގެންދިޔުމަށާއި، އެ ފައިސާއާގުޅޭ އެހެނިހެން ކަންތައްތައް ތަރުތީބުކުރާނެ ގޮތް ކަނޑައަޅާފައިވާކަން، ސިވިލް ކޯޓުގެ ނަންބަރު 3316/Cv-C/2017 ޤަޟިއްޔާގެ ޙުކުމުން އެނގެން އޮންނަކަމެވެ.

[6]ހަތަރުވަނަ ކަމަކީ: ސިވިލް ކޯޓުގެ ނަންބަރު 3316/Cv-C/2017 ޤަޟިއްޔާއިން ކޮށްފައިވާ ޙުކުމް އިސްތިއުނާފުކުރުމަށް ޙައްވާ ނާޞިޙާގެ ފަރާތުން ހުށަހެޅުމުން، ސިވިލް ކޯޓުގެ ނަންބަރު 3316/Cv-C/2017 ޤަޟިއްޔާގައި ފައިޞަލާކޮށްފައިވަނީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/406 ޤަޟިއްޔާގައި ކަނޑައަޅާފައިވާގޮތުގެ މަތީންކަމަށް އެނގެން އޮތުމުން، އެ މައްސަލަ ބަލައިނުގަތުމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ރަޖިސްޓަރާރ ނިންމާފައިވާކަން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 95-CR/INDIV/2019/140 ރަޖިސްޓަރާރގެ ނިންމުމުން އެނގެން އޮންނަކަމެވެ.

[7]ފަސްވަނަ ކަމަކީ: ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 95-CR/INDIV/2019/140 ރަޖިސްޓްރާރގެ ނިންމުމުން، މުރާޖަޢާކޮށް ދިނުމަށް އެދި ޙައްވާ ނާޞިޙާގެ ފަރާތުން އެދި ހުށަހެޅުމުން، ރަޖިސްޓްރާރގެ ނިންމުމަށް ބަދަލު ގެންނަން ޖެހޭނެ ތަނެއް ނެތްކަމަށް ކަނޑައަޅައި، އެ މައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ނިންމާފައިވާކަން އެނގެން އޮންނަކަމެވެ. އަދި، ރަޖިސްޓްރާރގެ ނިންމުން މުރާޖަޢާކުރި ފަނޑިޔާރުންގެ ތެރޭގައި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/406 ގަޟިއްޔާ ބެލި ފަނޑިޔާރުންގެ މަޖިލީހުގައި ހިމެނޭ ފަނޑިޔާރަކު ވެސް ހިމެނޭކަމެވެ.

[8]ހަވަނަ ކަމަކީ: ދިވެހިރާއްޖޭގެ ހައިކޯޓުން އަލުން ބެލުމަށް، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ތަޙުވީލުކުރާ މައްސަލަތައް ދިވެހިރާއްޖޭގެ ހައިކޯޓުން ބަލަންވާނީ އެ މައްސަލައެއްގައި ކުރިން ޙުކުމް ކުރި ފަނޑިޔާރުން ނުހިމެނޭ މަޖިލީހަކުންކަމާއި، ދިވެހިރާއްޖޭގެ ހައިކޯޓުން އަލުން ބެލުމަށް ދަށު ކޯޓަކަށް ނުވަތަ ޓްރައިބިއުނަލަކަށް ތަޙުވީލުކުރާ މައްސަލަތައް، ދަށު ކޯޓުން ނުވަތަ ޓްރައިބިއުނަލުން ބަލަންވާނީ އެ މައްސަލައެއްގައި ކުރިން ޙުކުމް ކުރި ނުވަތަ ނިންމުން ނިންމި ފަނޑިޔާރު ނުވަތަ ނިޔާވެރިޔާ ނޫން އެހެން ފަނޑިޔާރަކު ނުވަތަ ނިޔާވެރިޔަކުކަމުގައި، ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 19 ވަނަ މާއްދާގެ (ރ) އާއި އެ ޤާނޫނުގެ 47 ވަނަ މާއްދާއަށް ބެލުމުން އެނގެން އޮތް ނަމަވެސް، ތަޙުވީލުކުރާ މައްސަލަތަކާ މި މައްސަލައިގެ ޙާލަތް ތަފާތުކަމާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/406 ގަޟިއްޔާގެ ޙުކުމް ކުރި ފަނޑިޔާރުންގެ މަޖިލީހުގައި ހިމެނޭ ފަނޑިޔާރަކު، ސިވިލް ކޯޓުގެ ނަންބަރު 3316/Cv-C/2017 ޤަޟިއްޔާ އިސްތިއުނާފުކުރުމާގުޅިގެން އެ މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓަށް ބަލައިގަތުމާމެދު ގޮތެއް ނިންމުމުގައި ބައިވެރިވުމަށް ޤާނޫނީ ހުރައެއް ނެތްކަމެވެ.

[9]ހަތްވަނަ ކަމަކީ: ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/406 ގަޟިއްޔާގެ ޙުކުމް ކުރި ފަނޑިޔާރަކު، ސިވިލް ކޯޓުގެ ނަންބަރު 3316/Cv-C/2017 ޤަޟިއްޔާ އިސްތިއުނާފުކުރުމާ ގުޅިގެން އެ މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓަށް ބަލައިގަތުމާމެދު ގޮތެއް ނިންމުމުގައި ބައިވެރިވުމުގައި އެ ފަނޑިޔާރުގެ އަމިއްލަ މަޞްލަޙަތެއް އޮތްކަމަށް ޙައްވާ ނާޞިޙާގެ ފަރާތުން ހުށަހަޅާފައިވާ ކަންތައްތަކުން ސާފުނުވާކަމެވެ.

[10]މަތީގައި ބަޔާންކުރެވި ދިޔަ ސަބަބުތައް އެގޮތުގެމަތިން ހުރުމުން، ސިވިލް ކޯޓުގެ ނަންބަރު 3316/Cv-C/2017 ޤަޟިއްޔާ ބަލާފައިވަނީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/406 ގަޟިއްޔާއިން ކަނޑައަޅާފައިވާގޮތުގެ މަތީންކަމަށްވެފައި، ދިވެހިރާއްޖޭގެ ހައިކޯޓަށް ބަލައިގަތުމާމެދު ގޮތެއް ނިންމާފައިވަނީ ޤާނޫނާ ޚިލާފަށްކަމަށްނުވާތީ، ޙައްވާ ނާޞިޙާގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް އިސްތިއުނާފުކުރުމަށް ހުށަހެޅި މައްސަލަ ބަލައި ނުގަތުމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ރަޖިސްޓްރާރ ނިންމާފައިވާ ނިންމުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އިސްތިއުނާފުކުރުމުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ނިންމާފައިވާ ނިންމުން ނިންމާފައިވާނީ ޤާނޫނީ ހަމަތަކާ އެއްގޮތަށްކަމަށް ބުރަވެވެއެވެ.

ނިންމުން

[11]އިސްވެ ބަޔާންވެދިޔަ ކަންކަން އެހެން ހުރުމުން، ސިވިލް ކޯޓުގެ ނަންބަރު 3316/Cv-C/2017 ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓަށް އިސްތިއުނާފުކުރުމަށް ޙައްވާ ނާޞިޙާގެ ފަރާތުން ހުށަހެޅުމުން، އެ މައްސަލަ ބަލައިނުގަތުމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ރަޖިސްޓްރާރ ނިންމާފައިވާ ނިންމުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އިސްތިއުނާފުކުރުމުން ރަޖިސްޓަރާރގެ ނިންމުމަށް ބަދަލު ގެންނަން ޖެހޭ ތަނެއް ނެތްކަމަށް ކަނޑައަޅާފައިވަނީ ޤާނޫނީ ހަމަތަކާ އެއްގޮތަށްކަމަށް ކަނޑައަޅައި މި މައްސަލަ ނިންމީމެވެ.

ހައިކޯޓުގެ ފަނޑިޔާރުންގެ އިޖުރާއީ ނިންމުން މުރާޖަޢާކުރި ފަނޑިޔާރުން:

ޢަލީ ރަޝީދު ޙުސައިން (ރިޔާސަތު)

މަޙާޒު ޢަލީ ޒާހިރު

ޑރ. މުޙައްމަދު އިބްރާހީމް

07 ރަބީޢުލްއާޚިރު 1442

22 ނޮވެންބަރު 2020

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

  • ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 19 ވަނަ މާއްދާގެ (ރ)
  • ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 47 ވަނަ މާއްދާ

ޝަރީޢަތުގެ ވީޑިއޯ

މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.

ޝެއަރ ކުރައްވާ