ޙަސަން މުޖާޙު ވ. ޤުލްފިޝާން ޝާޠިރު
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- HC-IH/2019/20، 95-CR/INDIV/2018/49، 597/Cv-C/2017، 985/Cv-C/2016
- ފަހުގެ ތާރީޚު
- —
ކޯ ޓާމްސް
ޚުލާޞާ
- ކޯޓަށް އައި ގޮތް
- ސިވިލް ކޯޓުން 597/Cv-C/2017 ދަޢުވާ ބާޠިލުކުރުމުން ހުށަހެޅި އިސްތިއުނާފު، ޙުކުމް ޤާނޫނާ ޚިލާފުވާ ސަބަބެއް ހުށަހަޅާފައިނުވާތީ ހައިކޯޓުގެ ރަޖިސްޓްރާރ ބަލައިނުގަތެވެ. 7 ދުވަހުގެ މުއްދަތު ފަހަނައަޅައި މުރާޖަޢާއަށް ހުށަހެޅުމުން ހައިކޯޓުން ހުއްދަ ނުދިނެވެ.
- ވާޤިޢާ
- ޙަސަން މުޖާޙު ސިވިލް ކޯޓަށް ހުށަހެޅި 985/Cv-C/2016 ދަޢުވާ، ސުލްހަވުމަށް މަސައްކަތްކުރަމުންދާކަމަށް ބުނެ އަނބުރާ ގެންދިޔައެވެ. ދެން ހަމަ އެ ދަޢުވާ ފޯމު 597/Cv-C/2017 ގައި ހުށަހެޅިއެވެ. ސުލްހައަށް މަޝްވަރާއެއް ނުކުރާކަމަށް ދަޢުވާ ރައްދުވާ ފަރާތުން ބުނުމުން، އެއީ ދަޢުވާ ދޫކޮށްލުމަކަށް ބަލައި ސިވިލް ކޯޓުން ދަޢުވާ ބާޠިލުކުރިއެވެ.
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ރަޖިސްޓްރާރގެ ނިންމުން މުރާޖަޢާކުރުމަށް 7 ދުވަހުގެ މުއްދަތު ފާއިތުވުމަށްފަހު ހުށަހެޅުމުން، އަދި އިސްތިއުނާފުގެ ސަބަބުތަކުގައި ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 43 ވަނަ މާއްދާގައިވާ ސަބަބެއް ނެތުމުން، އިސްތިއުނާފުކުރުމުގެ ހުއްދަ ނުދިން ހައިކޯޓުގެ ނިންމުމަކީ ޤާނޫނީ ހަމަތަކާ އެއްގޮތަށް ނިންމި ނިންމުމެއްތޯ.
- ޚަޞްމުންގެ ހުށަހެޅުންތައް
- ޙަސަން މުޖާޙު ބުނީ ސިވިލް ކޯޓުގެ ނިންމުން ބާޠިލުކޮށް މައްސަލަ އަލުން ބަލަން ހައިކޯޓަށް އެދުނު ކަމަށާއި، އިސްތިއުނާފުކުރުމުގެ ހުއްދަ ނުދިން ހައިކޯޓުގެ ނިންމުމަކީ ޤާނޫނީ ހަމަތަކާ ޚިލާފު ނިންމުމެއް ކަމަށެވެ. ރެސްޕޮންޑެންޓުގެ ހުށަހެޅުމެއް ނިންމުމުގައި ބަޔާންކޮށްފައެއް ނުވެއެވެ.
- ކޯޓުގެ ސަބަބުތައް
- ރަޖިސްޓްރާރގެ ނިންމުމާމެދު ހިތްހަމަނުޖެހޭނަމަ 7 ދުވަހުގެ ތެރޭގައި އަލުން ބަލަން އެދުމުގެ ޙައްޤު ލިބިގެންވާކަން ޙަސަން މުޖާޙަށް އެންގިފައިވެއެވެ. ހައިކޯޓަށް އިސްތިއުނާފުކުރުމުގެ މުއްދަތުތައް ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގައި ކަނޑައަޅާފައިވާއިރު، އިސްތިއުނާފުގެ ސަބަބުތަކުގައި އެ ޤާނޫނުގެ 43 ވަނަ މާއްދާގައިވާ ސަބަބެއް ނެތުމުން، ރަޖިސްޓްރާރގެ ނިންމުމަށް ބަދަލުނުގެނައުމަށް ހައިކޯޓުން ނިންމީ ރަނގަޅަށެވެ.
ނިންމުން
ސިވިލް ކޯޓުގެ 597/Cv-C/2017 ޤަޟިއްޔާގެ އިސްތިއުނާފު ބަލައިނުގަތުމަށް ހައިކޯޓުގެ ރަޖިސްޓްރާރ ނިންމި ނިންމުމަށް ބަދަލުގެންނަންޖެހޭ ތަނެއް ނެތްކަމަށް ހައިކޯޓުގެ ފަނޑިޔާރުން ކަނޑައަޅާފައިވަނީ ޤާނޫނީ ހަމަތަކާ އެއްގޮތަށްކަމަށް ކަނޑައަޅައި، އިސްތިއުނާފުކުރުމުގެ ހުއްދަ ނުދީ މައްސަލަ ނިންމައިފި.ސިވިލް ކޯޓުގެ 597/Cv-C/2017 ޤަޟިއްޔާގެ އިސްތިއުނާފު ބަލައިނުގަތުމަށް ހައިކޯޓުގެ ރަޖިސްޓްރާރ ނިންމި ނިންމުމަށް ބަދަލުގެންނަންޖެހޭ ތަނެއް ނެތްކަމަށް ހައިކޯޓުގެ ފަނޑިޔާރުން ކަނޑައަޅާފައިވަނީ ޤާނޫނީ ހަމަތަކާ އެއްގޮތަށްކަމަށް ކަނޑައަޅައި، އިސްތިއުނާފުކުރުމުގެ ހުއްދަ ނުދީ މައްސަލަ ނިންމައިފި.
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 ހައިކޯޓުގެ ރަޖިސްޓްރާރގެ ނިންމުން ނިންމާފައިވާ ގޮތާމެދު ހިތްހަމަނުޖެހޭނަމަ، އެ ނިންމުމެއް ނިންމާ އެކަން އެންގިތާ 7 ދުވަހުގެ ތެރޭގައި އެ ނިންމުމެއް އަލުން ބަލައިދިނުމަށް އެދި ހައިކޯޓަށް ހުށަހެޅުމުގެ ޙައްޤު ލިބިގެންވެއެވެ.
HN2 ދަށު ކޯޓުތަކުން ނިންމާ މައްސަލަތަކުގެ ތެރެއިން ހައިކޯޓުގައި އިސްތިއުނާފުކުރުމަށް ހުށަހެޅޭ މައްސަލަތައް ހުށަހެޅުމަށް މުއްދަތުތަކެއް ކަނޑައެޅިފައިވާކަން ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގައި ބަޔާންކޮށްފައިވާ ހިނދު، ދަށު ކޯޓުގެ ޙުކުމް އިސްތިއުނާފުކުރުމަށް ހުށަހަޅާފައިވާ ސަބަބުތަކުގެ ތެރޭގައި އެ ޤާނޫނުގެ 43 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ސަބަބެއް ނެތްނަމަ، އެ މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުގެ ރަޖިސްޓްރާރ ނިންމާ ނިންމުމަށް ބަދަލުގެންނަންޖެހޭ ތަނެއް ނެތްކަމަށް ހައިކޯޓުގެ ފަނޑިޔާރުން ނިންމުމަކީ ރަނގަޅު ނިންމުމެކެވެ.
ވަކީލުންނާއި ފަނޑިޔާރުން
- ވަކީލުން
- —
- ބެންޗު
- ޙުސްނުއްސުޢޫދު (ރިޔާސަތު)، ޑރ. އަޒްމިރާލްދާ ޒާހިރު، ޢާއިޝާ ޝުޖޫން މުޙައްމަދު
- ރިޔާސަތު
- ޙުސްނުއްސުޢޫދު
- ރައުޔު ލިޔުނު ފަނޑިޔާރު
- —
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ކޯޓުން ޕެރެގްރާފް ނަންބަރު ޖަހާފައި ނުވާތީ، [ ] ތެރޭގައިވާ ނަންބަރުތައް ޖަހާފައިވަނީ ސަޢީދު ލެކްސް އިން.
އިސްތިއުނާފުކުރުމުގެ ހުއްދައާމެދު ހައިކޯޓުގެ ފަނޑިޔާރުންގެ ނިންމުން މުރާޖަޢާކޮށް ނިމުނުގޮތް
ނަންބަރު:
2020/SC-HCL/03
މައްސަލަ ހުށަހެޅި ފޯމާ ގުޅޭ މަޢުލޫމާތު
ފޯމު ނަންބަރު:
(2019/SC-A/60) 2019/SC-L/78
ހުށަހެޅުނު ތާރީޚު:
08 މެއި 2019މައްސަލަ ހުށަހަޅާ ފަރާތުގެ މަޢުލޫމާތުފުރިހަމަ ނަން:
ޙަސަން މުޖާޙު
ޢާންމު ނަން:
ޙަސަން
ދާއިމީ އެޑްރެސް:
މއ. ކޮކްނަޓް ހައުސް، މާލެ
މިހާރުގެ އެޑްރެސް:
މއ. ކޮކްނަޓް ހައުސް، ހުޅުމާލެ
ހައިކޯޓުގެ ފަނޑިޔާރުންގެ ނިންމުމާގުޅޭ މަޢުލޫމާތު
ނިންމުމުގެ ނަންބަރު:
HC-IH/2019/20
ހުށަހެޅުނު ތާރީޚު:
10 ޖުލައި 2018ނިމުނު ތާރީޚު:
06 ފެބްރުއަރީ 2019
ހުށަހެޅިފައިވާ މައްސަލަ
[1]މއ. ކޮކްނަޓް ހައުސް، ޙަސަން މުޖާޙުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރަން ހުށަހަޅާފައިވާ މައްސަލައަކީ ސިވިލް ކޯޓުގެ ނަންބަރު 597/Cv-C/2017 ގަޒިއްޔާ ސިވިލް ކޯޓުން ބާޠިލުކޮށްފައިވާތީ، އެ ގަޒިއްޔާގައި ނިންމާފައިވާ ނިންމުން ބާޠިލުކުރައްވައި، އެ މައްސަލަ އަލުން ހިންގައި ފައިސަލާކުރަނިވި ހުކުމެއް އިއްވުމަށް އެދި ހުށަހަޅާފައިވާ މައްސަލައެކެވެ.
[2]ސިވިލް ކޯޓުގެ ނަންބަރު 597/Cv-C/2017 ގަޒިއްޔާގައި ސިވިލް ކޯޓުން ނިންމާފައިވަނީ ދައުވާ ކުރާ ފަރާތުން މި ގަޒިއްޔާގެ ދައުވާގައި ބަޔާންކޮށްފައިވާ ހުސޫމާތު ހައްލުކުރުމާ ގުޅޭގޮތުން އެފަރާތުން އެއްވެސް މަސައްކަތެއް ކޮށްފައިވާކަން އެނގޭފަދަ ލިޔުމެއް ނުވަތަ ހެއްކެއް ވިޔަސް ދައުވާކުރާ ފަރާތުން ހުށަހެޅުމަކާ ނުލައި އަދި އެކަށީގެންވާ މަގުބޫލު ސަބަބަކާ ނުލައި، އެފަދަ ސަބަބެއް ދެމިއޮތްކަން ޝަރީއަތަށް ދައްކުވައި، ދައުވާ އަނބުރާ ގެންގޮސްފައިވާ ވުމަކީ ޤާނޫނު ނަންބަރު 81/78 (ދައުލަތް ފިޔަވައި އެހެން ފަރާތްތަކުން ދައުވާ އާއި މައްސަލަ ޝަރީޢަތަށް ހުށަހެޅުމާބެހޭ ޤާނޫނު) ގެ 2 ވަނަ މާއްދާގައިވާ ގޮތުގެމަތިން ދައުވާ ދޫކޮށްލުން ކަމުގައި ބެލެވޭތީ، ސިވިލް ކޯޓުގެ ނަންބަރު 597/Cv-C/2017 ގަޒިއްޔާއަކީ ބާތިލު ދައުވާއެއްކަމަށް ކަނޑައަޅައި، މި ދައުވާ ކުރުމުގެ ޙައްޤު ޙަސަން މުޖާޙުއަށް ލިބިގެން ނުވާކަމަށެވެ.
[3]ސިވިލް ކޯޓުގެ ނަންބަރު 597/Cv-C/2017 ގަޒިއްޔާގައި ސިވިލް ކޯޓުން ކޮށްފައިވާ ހުކުމަށް ބެލުމުން އެނގެނީ އެ ގަޒިއްޔާއަކީ ހުށަހެޅިފައިވާ އިޖުރާއާތުގެ ދަށުން ކުރިއަށް ގެންދެވޭނެ މައްސަލައެއް ނޫންކަމަށާއި، ސަބަބަކީ ސިވިލް ކޯޓުގެ ނަންބަރު 985/Cv-C/2016 ގަޒިއްޔާގައި ޙަސަން މުޖާޙުގެ ފަރާތުން ހުށަހެޅި ދައުވާ 21 ޑިސެމްބަރު 2016 ގައި ސިވިލް ކޯޓުން ބާތިލުކޮށް ހުކުމްކޮށްފައިވާ ކަމަށާއި، ސިވިލް ކޯޓުގެ 597/Cv-C/2017 ގަޒިއްޔާގައި ޙަސަން މުޖާޙުގެ ފަރާތުން ހުށަހަޅާފައިވާ ދައުވާ ފޯމަކީ އެފަރާތުން ސިވިލް ކޯޓުގެ ނަންބަރު 985/Cv-C/2016 ގަޒިއްޔާގައިވެސް ހުށަހެޅި ދައުވާ ފޯމުކަމަށާއި، މި ދެ ފޯމުގައިވެސް އެއްވެސް ތަފާތު ކަމެއްނެތްކަމަށާއި، ދައުވާ ފޯމުގައިވާ ތާރީހަކީވެސް އެއް ތާރީހެއްކަމަށާއި، ދައުވާކުރާ ފަރާތުން އެދިގެން ސިވިލް ކޯޓުގެ ނަންބަރު 985/Cv-C/2016 ގަޒިއްޔާގައި ބަޔާންކުރާ ހުސޫމާތާމެދު ދެފަރާތުގެ ދެމެދުގައި ވާހަކަ ދައްކައި ސުލްހަވުމަށް މަސައްކަތްކުރަމުންދާތީ 21 ޑިސެމްބަރ 2016 ގައި ބާތިލުކުރުމަށް އެދިފައިވާއިރު، އެފަދަ އެއްވެސް މަޝްވަރާއެއް އޭގެ ކުރިންވެސް އަދި ފަހުންވެސް ކުރެވިފައި ނުވާކަމަށް ދައުވާ ރައްދުވާ ފަރާތުން ބުނެފައިވާކަމެވެ. އިސްވެ ދެންނެވުނު ސަބަބަކީ އެ ސަބަބެއްގެ މައްޗަށް ބިނާކޮށް ސިވިލް ކޯޓުގެ ނަންބަރު 985/Cv-C/2016 ގަޒިއްޔާ ބާތިލުކުރި ސަބަބުކަމުގައިވާއިރު، އެ ސަބަބަކީ އެ މައްޗަށް ހަޤީޤަތް އެކުލެވިގެންވާ ސަބަބުތަކެއްކަމުގައި ވާން ޖެހޭނެކަމާއި، އެހެން ނޫންނަމަ އެކަން ވެގެން ދާނީ ޝަރީއަތާއި އަދުލު އިންސާފުގެ ބޭނުން ނަހަމަ ގޮތުގައި ހިފުންކަމުގައިވާކަމަށް ސިވިލް ކޯޓުން ފާހަގަކޮށްފައިވެއެވެ.
[4]ސިވިލް ކޯޓުގެ ނަންބަރު 597/Cv-C/2017 ގަޒިއްޔާގައި ސިވިލް ކޯޓުން ކޮށްފައިވާ ހުކުމް ގާނޫނާ ޚިލާފުވާ ސަބަބެއް ޙަސަން މުޖާޙުގެ ފަރާތުން ހައިކޯޓަށް ހުށަހެޅި އިސްތިއުނާފުގައި ހުށަހަޅާފައި ނުވާތީ، ހައިކޯޓުގެ ޤަވާއިދުގެ 27 ވަނަ މާއްދާގެ ދަށުން މި މައްސަލަ ބަލައިގަނެވެން ނެތްކަމަށް ހައިކޯޓުގެ ރަޖިސްޓްރާރގެ ނިންމުން ނަންބަރު 95-CR/INDIV/2018/49 ނިންމުމުން ނިންމާފައިވެއެވެ. އަދި މި ނިންމުމާމެދު ހިތްހަމަ ނުޖެހޭނަމަ ނިންމުން ހަވާލުކުރެވޭތާ 7 ދުވަހުގެ ތެރޭގައި ނިންމުން މުރާޖައާކުރުމަށް ހުށަހެޅުމުގެ ފުރުސަތު ލިބިދީފައިވާއިރު، ޙަސަން މުޖާހުގެ ފަރާތުން ނިންމުން މުރާޖައާކުރުމަށް ހުށަހަޅާފައިވަނީ ކަނޑައެޅިފައިވާ މުއްދަތު ފަހަނައަޅާ ދިއުމުން ކަމުގައިވާތީ، އިސްތިއުނާފުކުރުމުގެ ހުއްދަ ދެވެން ނެތް ކަމުގައި ހައިކޯޓުގެ ނަންބަރު HC-IH/2019/20 "އިސްތިއުނާފު ކުރުމުގެ ހުއްދައަށް އެދި ހުށަހެޅި މައްސަލައާމެދު ނިންމިގޮތް" ގައި ނިންމާފައިއެވެ.
[5]މިއީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު HC-IH/2019/20 "އިސްތިއުނާފު ކުރުމުގެ ހުއްދައަށް އެދި ހުށަހެޅި މައްސަލައާމެދު ނިންމިގޮތް" އަކީ ޤާނޫނީ ހަމަތަކާ ޚިލާފަށް ނިންމާފައިވާ ނިންމުމެއްކަމަށް ކަނޑައަޅައި، މައްސަލަ ބަލައިގަތުމަށް އަމުރުކޮށްދިނުމަށް އެދި ޙަސަން މުޖާހުގެ ފަރާތުން މި ކޯޓުގެ ނަންބަރު 2020/SC-HCL/03 ފޯމުން ހުށަހެޅުމުން ބެލުނު މައްސަލައެކެވެ.
[6]މި މައްސަލައިގައި ހުށަހެޅިފައިވާ ލިޔުންތަކަށް ބަލާއިރު، ހައިކޯޓުގެ ރަޖިސްޓްރާރގެ ނިންމުން ނިންމާފައިވާގޮތާމެދު ހިތްހަމަނުޖެހޭނަމަ އެ ނިންމުމެއް ނިންމާ އެކަން އެންގިތާ 7 ދުވަހުގެ ތެރޭގައި އެ ނިންމުމެއް އަލުން ބަލައިދިނުމަށް އެދި ހައިކޯޓަށް ހުށަހެޅުމުގެ ޙައްޤު ލިބިގެންވާކަން ޙަސަން މުޖާޙުއަށް އެންގިފައިވާކަން އެނގެން އޮވެއެވެ.
[7]ދަށު ކޯޓުތަކުން ނިންމާ މައްސަލަތަކުގެ ތެރެއިން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމަށް ހުށަހެޅޭ މައްސަލަތައް ހުށަހެޅުމަށް މުއްދަތުތަކެއް ކަނޑައެޅިފައިވާކަން ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ހިނދު، ސިވިލް ކޯޓުގެ ނަންބަރު 597/Cv-C/2017 ގަޒިއްޔާގައި ސިވިލް ކޯޓުން ކޮށްފައިވާ ހުކުމް އިސްތިއުނާފުކުރުމަށް ހުށަހަޅާފައިވާ ސަބަބުތަކުގެ ތެރޭގައި ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނުގެ 43 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ސަބަބެއް ނެތްކަމަށާއި އެ ސަބަބަށްޓަކައި ޙަސަން މުޖާޙު ހައިކޯޓަށް ހުށަހެޅި އިސްތިއުނާފުގެ މައްސަލަ ބަލައިނުގަތުމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ރަޖިސްޓްރާރ ނިންމާފައިވާ ނިންމުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އިސްތިއުނާފުކުރުމުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ނިންމާފައިވާ އިޖުރާއީ ނިންމުން ނިންމާފައިވަނީ ރަނގަޅަށް ކަމަށް ގަބޫލުކުރެވެއެވެ.
ނިންމުން
[8]އިސްވެފާހަގަކުރެވުނު ސަބަބުތައް އެގޮތުގެމަތިން ހުރުމާއެކު، މއ. ކޮކްނަޓް ހައުސް، ޙަސަން މުޖާޙު (ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު A042139) ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅި ސިވިލް ކޯޓުގެ ނަންބަރު 597/Cv-C/2017 ގަޒިއްޔާ ބަލައިނުގަތުމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ރަޖިސްޓްރާރ ނިންމާފައިވާ ނިންމުން، ދިވެހިރާއްޖޭގެ ފަނޑިޔާރުންނަށް އިސްތިއުނާފުކުރުމުން، ރަޖިސްޓްރާރގެ ނިންމުމަށް ބަދަލު ގެންނަން ޖެހޭ ތަނެއް ނެތްކަމަށް ކަނޑައަޅަފައިވަނީ ޤާނޫނީ ހަމަތަކާ އެއްގޮތަށް ކަމަށް ކަނޑައަޅައި މި މައްސަލަ ނިންމީމެވެ.
ހައިކޯޓުގެ ފަނޑިޔާރުންގެ އިޖުރާއީ ނިންމުން މުރާޖަޢާކުރި ފަނޑިޔާރުން:
ޙުސްނުއްސުޢޫދު (ރިޔާސަތު)
ޑރ. އަޒްމިރާލްދާ ޒާހިރު
ޢާއިޝާ ޝުޖޫން މުޙައްމަދު
12 ރަޖަބް 1442
23 ފެބްރުއަރީ 2021
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 43 ވަނަ މާއްދާ
- ދިވެހިރާއްޖޭގެ ހައިކޯޓުގެ ގަވާއިދުގެ 27 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 81/78 (ދައުލަތް ފިޔަވައި އެހެން ފަރާތްތަކުން ދައުވާ އާއި މައްސަލަ ޝަރީޢަތަށް ހުށަހެޅުމާބެހޭ ޤާނޫނު) ގެ 2 ވަނަ މާއްދާ
ޝަރީޢަތުގެ ވީޑިއޯ
މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.