އަޙްމަދު ރަމީޒް އަދި އިތުރު 40 ފަރާތެއް ވ. މާކުރަތު ކޯޕަރޭޓިވް ސޮސައިޓީ
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- 2020/HC-N-A/14
- ފަހުގެ ތާރީޚު
- —
ކޯ ޓާމްސް
ޚުލާޞާ
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ރ. މާކުރަތު އޮފީސް / މާކުރަތު އިރުމަތީ އަވަށުގެ ނަމުގައި 2002 ވަނަ އަހަރު ރަޖިސްޓްރީކުރި ބިމާއި ގެސްޓްހައުސް ޢިމާރާތުގެ ފުރިހަމަ މިލްކުވެރިކަން މާކުރަތު ކޯޕަރޭޓިވް ސޮސައިޓީއަށް (އިރުމަތީ އަވަށު ރައްޔިތުންނަށް) ލިބިގެންވޭތޯ، އަދި ފުރަތަމަ ރަޖިސްޓްރީ ބާޠިލުކޮށް މާކުރަތު ކައުންސިލްގެ ނަމަށް ރަޖިސްޓްރީ ހެދުމަކީ ޤާނޫނުއަސާސީގެ 40 ވަނަ މާއްދާގެ (ށ) އާ ޚިލާފު ޢަމަލެއްތޯ؛ އަދި ލާމަރުކަޒީ ޤާނޫނުގެ ދަށުން އެ ބިން ކައުންސިލަށް ބަދަލުވޭތޯ.
ނިންމުން
ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައިހައިކޯޓުގެ ޙުކުމް ބާޠިލު، ރ. މާކުރަތު މެޖިސްޓްރޭޓް ކޯޓުގެ ޙުކުމް (21/E9C/2018) ޤާއިމް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 ޤާނޫނުއަސާސީގެ 40 ވަނަ މާއްދާގެ (ށ) އިން ލިބިދޭ ރައްކާތެރިކަމާއި ބަދަލު ދިނުމުގެ ލާޒިމު އުފެދެނީ މީހެއްގެ މުދަލެއް އެ މީހެއްގެ ރުހުމެއް ނެތި ދައުލަތަށް ނަގާ ޙާލަތުގައެވެ؛ އެ ޙާލަތުގައި މުދާ ނެގޭނީ (1) ޢާންމު މަންފާއަށްޓަކައި، (2) ޤާނޫނުގައިވާ ގޮތެއްގެ މަތިން، (3) ކޯޓުގެ ޙުކުމަކުން، ކޯޓުން ކަނޑައަޅާ ޢަދުލުވެރި ބަދަލު ދިނުމަށްފަހުގައެވެ.
HN2 މުދަލާއި މިލްކުވެރިކަމަކީ ތަފާތު ދެ މަފްހޫމެކެވެ؛ މިލްކުވެރިކަމުގެ އެކި ދަރަޖަތައް (ފުރިހަމަ މިލްކުވެރިކަން/title، އަތުގެވެރިކަން، ކުއްޔަށް ލިބިފައިވުން، ހަވާލުކޮށްފައިވުން، ބޭނުންކުރުމުގެ ޙައްޤު، މަންފާ ހޯދުމުގެ ހުއްދަ) ހުރެއެވެ؛ ފުރިހަމަ މިލްކުވެރިކަމުގެ ދަށުން ދީފައިވާ ޙައްޤުތަކަކީ އެ ހުއްދައިގެ ހުދޫދުގެ ތެރޭގައި ދެމިއޮންނަ ޙައްޤުތަކެއް ކަމުން، އެ ހުދޫދުގެ ބޭރުން ހަވާލުވެރިޔާއަށް ޙައްޤެއް ނަގުލެއް ނުވެއެވެ.
HN3 ޤާނޫނުއަސާސީގެ 40 ވަނަ މާއްދާގެ (ށ) ގައިވާ ޢަދުލުވެރި ބަދަލު ދިނުމަށްފަހު މުދާ ނެގުމުގެ ރައްކާތެރިކަން ލިބިދެނީ ފުރިހަމަ މިލްކުވެރިކަން (title) ލިބިފައިވާ ފަރާތަށް އެކަންޏެވެ؛ ބިމުގެ މައްޗަށް އޮންނަ އެހެން ބާވަތްތަކުގެ ޙައްޤުތަކަށް އުނިކަން ލިބިއްޖެނަމަ، އެ ގެއްލުން ހޯދަންވާނީ އެ ޙައްޤު ލިބިދިން މުޢާމަލާތާ ގުޅުވައިގެންނެވެ.
HN4 ޤާނޫނީގޮތުން މުދަލެއްގެ މިލްކުވެރިކަން ލިބިދެވޭނީ (އެކަކަށް ނުވަތަ ގިނަ) އިންސާނަކަށް (natural person) ނުވަތަ ޤާނޫނީ ޝަޚްޞަކަށް (legal person) އެވެ؛ އަމިއްލަ ފަރާތަކަށް މިލްކުވެރިކަން ދޭނަމަ، ޙައްޤުތަކާއި ޒިންމާތައް އުފުލާ ފަރާތްތައް ސާފުކޮށް ކަނޑައެޅިފައި އޮންނަންޖެހޭނެއެވެ؛ ޤާނޫނީ ޝަޚްޞަކަށް ނުވާ، ކޮބައިކަން ނޭނގޭ "އަވަށެއް" ނުވަތަ ބަޔަކަށް ބިމުގެ މިލްކުވެރިކަން ނުލިބޭނެއެވެ؛ ރަޖިސްޓްރީގައި ލިޔަންވާނީ ކޮންމެ މިލްކުވެރިއަކު ކާކުކަމާއި ކޮންމެ މީހެއްގެ ހިއްސާގެ މިންވަރު އެނގޭ ގޮތަށެވެ.
HN5 ދިވެހިރާއްޖޭގައި ބިމުގެ ފުރިހަމަ މިލްކުވެރިކަން ބަދަލުވެވޭނީ ޤާނޫނުގައި ކަނޑައަޅާފައިވާ މުޢާމަލާތްތަކުގެ (ވިއްކުން، ހިބަ، ތަރިކަ ފަދަ) ތެރެއިން، ކޯޓު މެދުވެރިކޮށް ކަމާބެހޭ އިޖުރާއަތު ފުރިހަމަކޮށްގެން އެކަންޏެވެ؛ ކޯޓަށް މައްސަލަ ހުށަހެޅުމަށް ހަދާ ޕަވަރ އޮފް އެޓަރނީއެއްގައި ބަޔާންކުރުމަކުން ނުވަތަ ރަޖިސްޓްރީއާ ގުޅޭ ޚުޞޫމާތެއްގެ ތެރެއިން، ޤާނޫނީ އޮނިގަނޑުގެ ބޭރުން މިލްކުވެރިކަން ބަދަލެއް ނުވެއެވެ.
HN6 މުދަލެއްގެ މައްޗަށް އަތުގެވެރިކަން ކިތަންމެ ދިގު މުއްދަތަކަށް އޮތަސް، ނުވަތަ ބިމާއި ޢިމާރާތުން މަންފާ ހޯދުމުގެ ފުރުޞަތު ލިބިފައި އޮތަސް، އެއީ ފުރިހަމަ މިލްކުވެރިކަން ލިބިގެންވާކަން ދަލާލަތުކޮށްދޭ ކަމެއް ނޫނެވެ؛ މީހަކަށް އޮތް ޙައްޤަށްވުރެ މަތީ ޙައްޤެއް އެހެން މީހަކަށް ނަގުލު ނުކުރެވޭނެއެވެ (ޙައްވާ މުޙައްމަދު ވ. ފޮނަދޫ ކައުންސިލް).
HN7 ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނަށް (1/2002) ޢަމަލުކުރަން ފެށުމުގެ ކުރިން (23 މެއި 2003)، ޒަމާނުއްސުރެ އަމިއްލަ ބިން ފިޔަވައި ދިވެހިރާއްޖޭގެ ހުރިހާ ބިމަކީ ބަންޑާރަ ނުވަތަ ދައުލަތުގެ ބިމެވެ؛ ސަރުކާރުގެ ސިޔާސަތުތަކުގެ ދަށުން ވަކި ބޭނުންތަކަށް ދޫކުރި ބިންތަކެވެ. "ސަރުކާރުގެ އެކި ފަރާތްތަކަށް ދޫކުރެވޭ ބިމުގެ ރަޖިސްޓްރީ" ގައި ސަރުކާރުގެ އޮފީހަކާއެކު އަވަށެއްގެ ނަން ލިޔެފައި އޮތުމަކީ އެ އަވަށުގެ ރައްޔިތުންނަށް މިލްކުވެރިކަމުގެ ޙައްޤެއް އުފަންކުރާ ޤާނޫނީ ސަބަބެއް ނޫނެވެ.
HN8 ބިމުގެ ރަޖިސްޓްރީއަކީ ޤާނޫނުން ލާޒިމުކުރާ ލިޔުމެއް ކަމުން، ހެއްކާބެހޭ ޤާނޫނުގެ 5 ވަނަ މާއްދާގެ ދަށުން ބިމުގެ މިލްކުވެރިކަން ސާބިތުކުރުމުގެ އެންމެ ވަރުގަދަ ހެއްކެވެ؛ ނަމަވެސް އެ މާއްދާއަކީ އެ ލިޔުން ވުޖޫދުވި ގޮތް ބެލުމަށް ހުރަހެއް ނޫނެވެ؛ ޤާނޫނު ހިމާޔަތްކޮށްދޭނީ ޤާނޫނާ އެއްގޮތަށް ހިނގާ މުޢާމަލާތްތަކެވެ (ޒީނަތު ޙަސަން ވ. އައްޑޫ ސިޓީ ކައުންސިލް). ހެކި ވަޒަންކުރުމުގައި ފަރާތެއް އަމިއްލައަށް އުފައްދައިގެން ހުށަހަޅާ ލިޔުމާއި ރަސްމީ ލިޔުމާ ދެމެދު ބުރަދަން ތަފާތުވެއެވެ.
HN9 ލާމަރުކަޒީ ޤާނޫނަށް ޢަމަލުކުރަން ފެށިއިރު ރަށު އޮފީސްތަކާއި ސަރުކާރުގެ އިދާރާތަކުގެ ބެލުމުގެ ދަށުގައި ހުރި ރައްޔިތުންގެ ތަންތަނާއި ތަކެތި ރަށު ކައުންސިލް އުފެދުމާއެކު ކައުންސިލްގެ ބެލުމުގެ ދަށަށް ބަދަލުވެއެވެ؛ ރައްޔިތުންގެ މަންފާއަށްޓަކައި ރަށު އޮފީހާ ހަވާލުކުރި ބިމެއްގެ ފުރިހަމަ މިލްކުވެރިކަން ކައުންސިލަށް ލިބޭއިރު، ކައުންސިލްގެ ނަމަށް ރަޖިސްޓްރީ ހެދުމުގައި ލަސްވުމަކީ އެ މިލްކުވެރިކަމަށް އުނިކަން ގެނުވާ ސަބަބެއް ނޫނެވެ؛ ހަމަ އެފަދައިން، ޝަރީޢަތުން މިލްކުވެރިކަން ބަދަލުކޮށްފައިވާ ބިމެއްގެ ރަޖިސްޓްރީ ބަދަލުކުރުމުގައި ލަސްވުމުން މިލްކުވެރިކަމުގެ ޙައްޤު ނެތިނުދެއެވެ.
HN10 އިދާރީ ފިޔަވަޅަކުން މީހެއްގެ ނުވަތަ މުޖްތަމަޢުގެ ޙައްޤަކަށް އުނިކަން ލިބިއްޖެނަމަ، ސީދާ އަސަރުކުރާ ފަރާތްތަކުން އެކަން ކޯޓަށް ހުށަހެޅުމަކީ ޤާނޫނުއަސާސީގެ 43 ވަނަ މާއްދާއިން ކަށަވަރުކޮށްދޭ ޙައްޤެކެވެ؛ އެއީ އެގްޒެކެޓިވް ނިންމުމެއް ނުވަތަ ޤާނޫނު ތަންފީޒުކުރުމުގެ ފިޔަވަޅެއް ކަމުގައިވިޔަސް، އެކަން ބެލުމުގެ ބާރު ކޯޓުތަކަށް ލިބިގެންވެއެވެ (ޑރ. މުޙައްމަދު ޖަމީލް އަޙްމަދު ވ. ރައްޔިތުންގެ މަޖިލިސް).
ވަކީލުންނާއި ފަނޑިޔާރުން
- ވަކީލުން
- —
- ބެންޗު
- ޢާއިޝާ ޝުޖޫން މުޙައްމަދު، ޢަލީ ރަޝީދު ޙުސައިން (ރިޔާސަތު)، މުޙައްމަދު ސަލީމް
- ރިޔާސަތު
- ޢަލީ ރަޝީދު ޙުސައިން
- ރައުޔު ލިޔުނު ފަނޑިޔާރު
- ޢާއިޝާ ޝުޖޫން މުޙައްމަދު · ތާއީދުކުރެއްވީ: ޢަލީ ރަޝީދު ޙުސައިން (ރިޔާސަތު)، މުޙައްމަދު ސަލީމް
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.
ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔު (ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން އަދި ފަނޑިޔާރު
މުޙައްމަދު ސަލީމް ތާއީދު ކުރައްވާފައި)
ތަޢާރުފު
1މިއީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2020/HC-N-A/14 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށްޓަކައި ރ. މާކުރަތު، […] އަޙްމަދު ރަމީޒް (ދ.ރ. އާއި، ރުއްކުރި، ޢާއިޝަތު ސީނާ (ދ.ރ. އާއި، ރަނައުރާގެ، ޢަލީ ރަމީޒް (ދ.ރ. އާއި، ފިނިފަރު، އަޙްމަދު ޚަލީލް (ދ.ރ. އާއި، އުދަ، ޢަބްދުލްމާޖިދު (ދ.ރ. އާއި، އަމާޒް، އަޙްމީމް އާދަމް ސަޢީދު (ދ.ރ. އާއި، ސީސަންގެ، ޢަބްދުއްލަޠީފް ޢަލީ (ދ.ރ. އާއި، ސީސަންގެ، ތަޙްސީން ޢަބްދުއްލަޠީފް (ދ.ރ. އާއި، ރުއްކުރި، ޢާރިފާ ޔޫސުފް (ދ.ރ. އާއި، ބަގީޗާގެ، އަޙްމަދު ޙަމީދު (ދ.ރ. އާއި، ޑޭލައިޓް، އަޙްމަދު ރަޝީދު (ދ.ރ. އާއި، ހުރަސްފަރު، ޢަލީ ޝިފާން (ދ.ރ. އާއި، މާތިލަ އަޙްމަދު އިމްލާކް (ދ.ރ. އާއި، ބީޗްރެސްޓް ޙަސަން ބިލާލު (ދ.ރ. އާއި، އޯޝަންވިލާ، އިބްރާހީމް ވަތޫރު (ދ.ރ. އާއި، ބީޗްރެސްޓް، ޢަލީ ޝާޙް (ދ.ރ. އާއި، މާތިލަ، މުޙައްމަދު މިޤްދާދު (ދ.ރ. އާއި، އުދަ އަޙްމަދު ސަލީމް (ދ.ރ. އާއި، ޗަނބޭލީގެ، ޢަބްދުލްޢަޒީޒް ހާރޫން (ދ.ރ. އާއި، ދެތަނޑިމާގެ، ޢަލީ ރަޝީދު (ދ.ރ. އާއި، ދެތަނޑިމާގެ، ރުޤިއްޔާ އަބޫބަކުރު (ދ.ރ. އާއި، ނޫމާގެ މުޙައްމަދު ރަޝީދު (ދ.ރ. އާއި، ފިނިފަރު، ޢަލީ މުޙައްމަދު ނިޒާރު (ދ.ރ. އާއި، އަޅިވިލާގެ، ޢަލީ ރަޝީދު އަޙްމަދު (ދ.ރ. އާއި، ހިރަވެރި، އިސްމާޢީލް ޢަރީފް (ދ.ރ. އާއި، ވާދީ، މުޙައްމަދު ޙާރިޘް (ދ.ރ. އާއި، މީނާޒް، މުޙައްމަދު ވަސީމް (ދ.ރ. އާއި، ކިނާރާ، އަޙްމަދު ރަޝީދު (ދ.ރ. އާއި، ވީނަސްވިލާ، ނާޘިމާ މުޙައްމަދު (ދ.ރ. އާއި، ވޯޓަރގޯލް ޢަބްދުﷲ މޫސާ (ދ.ރ. އާއި، ވޯޓަރގޯލް، ލިޔޫސާ ޢަލީ (ދ.ރ. އާއި، ނޫވިލާގެ، މޫސާ ފަހީމް (ދ.ރ. އާއި، ބިންމަތިގެ، ޢާއިޝަތު ނަހުޒާ (ދ.ރ. އާއި، ކަވްޘަރު، މުޙައްމަދު އާދަމް (ދ.ރ. އާއި، ކަވްޘަރު، ނަޝީދާ ޢަބްދުލްޢަފޫރު (ދ.ރ. އާއި، ހިޔާވަހި، މުޙައްމަދު ރަޝީދު (ދ.ރ. އާއި، ރުއްކުރި، މުޙައްމަދު ފާރިޝް (ދ.ރ. އާއި، ރަނައުރާގެ، ރަޟިއްޔާ އިދުރީސް (ދ.ރ. އާއި، ދެތަނޑިމާގެ، ޝަހީމާ ޙުސައިން (ދ.ރ. އާއި، މަދޮށިމާގެ، ޢަބްދުލްޙަމީދު މުޙައްމަދު ނަޢީމް (ދ.ރ. އާއި، ފޮނިފޮނިމާގެ، ޢަލީ ނާޞިފް (ދ.ރ. (މީގެ ފަހުން 'އިސްތިއުނާފުކުރާ ފަރާތްތައް') ގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުމުން މި ކޯޓުގެ ނަންބަރު 2022/SC-A/87 ޤަޟިއްޔާއިން ބެލި އިސްތިއުނާފީ މައްސަލައެކެވެ. މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވަނީ މާކުރަތު ކޯޕަރޭޓިވް ސޮސައިޓީ އަށެވެ.
2މި މައްސަލައިގައި ހުށަހެޅިފައިވާ ލިޔެކިޔުންތަކަށް ބަލައި، ސުޕްރީމް ކޯޓުގެ ގަވާއިދު 2020 ގެ 61 ވަނަ މާއްދާގެ (ހ) ގެ ދަށުން، މި މައްސަލައަކީ މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލް އިދާރާ (މީގެ ފަހުން "މާކުރަތު ކައުންސިލް") ގެ މަސްލަހަތު އޮތް މައްސަލައެއް ކަމަށް ފެންނާތީ، މި މައްސަލައަށް މާކުރަތު ކައުންސިލް އިދާރާ ތަދައްޚުލް ކުރުވުމަށް މި މައްސަލަ ބަލާ ފަނޑިޔާރުންގެ މަޖިލީހުން ނިންމައި، މާކުރަތު ކައުންސިލް އިދާރާ މި މައްސަލަ އަށް ތަދައްޚުލް ކުރެވިފައިވެއެވެ. މީގެ އިތުރުން، މި މައްސަލައިގައި ޚުޞޫމާތު އުފެދިފައިވާ ބިމަކީ ރ. މާކުރަތު ރައްޔިތުންނާ ގުޅުން ހުރި ބިމެއް ކަމުގައި ބުނެ، މި މައްސަލައިގެ ތެރެއަށް ތަދައްޚުލްވުމަށް އެދި 54 (ފަންސާސް ހަތަރެއް) ފަރާތެއް ހުށަހެޅުމުން، އެ ސުޕްރީމް ކޯޓުގެ ނަންބަރު 197-B3/305/2023/1 (26 ސެޕްޓެންބަރު 2023 ) ސިޓީ އިސްމާޢީލް މުހައްމަދު، ކޯދު، ރ. މާކުރަތު، މުޙައްމަދު މުޞްތަފާ، ހަކި، ރ.މާކުރަތު، މުހައްމަދު ހުސައިން، […]، ރ.މާކުރަތު، ޢަބްދުލްޣަފޫރު ހުސައިން، އުދަރެސް، ރ.މާކުރަތު، މުޙައްމަދު އާދަމް، ބްލާޝަމް، ރ.މާކުރަތު، މުޙައްމަދު އިބްރާހީމް، އައްސޭރި، ރ. މާކުރަތު، މުޙައްމަދު ޢަބްދުލްޣަނީ، […]، ރ.މާކުރަތު، ހުސައިން އާދަމް، […]، ރ.މާކުރަތު، ފަތުޙުﷲ ޢަލީ، […]، ރ.މާކުރަތު، ޢަބްދުﷲ ޢަލީ، […]، ރ.މާކުރަތު، އިބްރާހީމް ރަޝީދު، މީނާޒް، ރ.މާކުރަތު، އަލީ މޫސާ، […]، ރ.މާކުރަތު، އަޙްމަދު ޒަކަރިއްޔާ، […]، ރ.މާކުރަތު، އިސްމާޢީލް އާދަމް، […]، ރ.މާކުރަތު، މުޙައްމަދު ދާޢޫދު، […]، ރ.މާކުރަތު، އަޙްމަދު އާދަމް، […]، ރ. މާކުރަތު، އަޙްމަދު ޢަލީ، […]، ރ.މާކުރަތު، އަޙްމަދު ރަޝީދު، […]، ރ.މާކުރަތު، ޢަބްދުލް ޖަލީލު މުޙައްމަދު، […]، ރ.މާކުރަތު، ޢަބްދުލްލަޠީފް އާދަމް، […]، ރ.މާކުރަތު، މުހައްމަދު އިބްރާހީމް، ޖިހާދު، ރ.މާކުރަތު، ހުސައިން ހަބީބް، […]، ރ.މާކުރަތު، ޢަބްދުލްހާދީ އިބްރާހީމް، […]، ރ.މާކުރަތު، މުޙައްމަދު އިބްރާހީމް، މޫންލައިޓް، ރ.މާކުރަތު، މުޙައްމަދު ރަޝީދު،[…]، ރ.މާކުރަތު، ރަޙްމާ ޙުސައިން، ހަކި، ރ.މާކުރަތު، ސަހީމާ ޙުސައިން، […]، ރ.މާކުރަތު، ހައްވާ ޢަލީ، […]، ރ.މާކުރަތު، އަނީސާ މަހުމޫދު، […]، ރ.މާކުރަތު، ހަފްސާ ޙުސައިން، […]، ރ.މާކުރަތު، ޒުހުރާ ޢަލީ، […]، ރ.މާކުރަތު، އުއްމުސަލްމާ ޙުސައިން، ނިއުލައިން، ރ. މާކުރަތު، ޒުހުދާ އަޙްމަދުފުޅު، ރީހުއްސަބާ، ރ.މާކުރަތު، ޖަމީލާ އަބޫބަކުރު، […]، ރ.މާކުރަތު، މަރްޔަމް އަޙްމަދު، ޖިހާދު، ރ.މާކުރަތު، ފަތުހިއްޔާ އާދަމް، […]، ރ.މާކުރަތު، ޤަމަރުއްނިސާ ދާއޫދު، […]، ރ.މާކުރަތު، ފަރާތްތަކަށް އެ ފުރުޞަތު ދިނުމަށް ފެންނާތީ، ސުޕްރީމް ކޯޓުގެ ޤަވާއިދުގެ 61 ވަނަ މާއްދާގެ (ހ) އަށް ރިޢާޔަތްކޮށް އެ ފަރާތްތަކަށް މި މައްސަލައިގައި ތަދައްޚުލުވުމުގެ ފުރުސަތު ދީފައިވެއެވެ.
3ހުށަހަޅާފައިވާ ޚުޞޫމާތަކީ މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު (މީގެ ފަހުން "ރ. މާކުރަތު") ގައި ގެސްޓްހައުސްއެއް ނުވަތަ ރަށްވެހިގެއެއްގެ ގޮތުގައި ބޭނުންކުރުމަށް ހަދާފައިވާ ޢިމާރާތާއި އެ ޢިމާރާތް ހުރި ބިމުގެ މިލްކުވެރިކަމާ ގުޅޭ މައްސަލައެކެވެ.
4ޚުޞޫމާތް އުފެދިފައިވާ ބިމާއި ޢިމާރާތާއި ގުޅިގެން ކަން ހިނގާފައިވާ ގޮތަށް ބަލާއިރު، ރ. މާކުރަތު، […] އެވެ ކިޔާ ގޯތީގެ އުތުރުން، ހީނާމާގެ ހުޅަނގުން އޮތް އުތުރު 91 ފޫޓު، ދެކުނު
76.6 ފޫޓު، އިރު 70 ފޫޓު، ހުޅަނގު 40.7 ފޫޓުގެ ބިން، 21 މެއި 2002 ގައި މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު އޮފީސް / މާކުރަތު އިރުމަތީ އަވަށުގެ ނަމުގައި، މިނިސްޓްރީ އޮފް އެޓޯލްސް އެޑްމިނިސްޓްރޭޝަނުން ރަޖިސްޓްރީ ކޮށްދީފައިވެއެވެ.
5މި ރަޖިސްޓްރީއަކީ، ރ. މާކުރަތުގައި ސަރުކާރުގެ ވަފުދުތަކާއި، ޓީމުތަކާއި، މެހެމާނުން ތިބުމަށް ހަދާފައިވާ 4514 (ހަތަރުހާސް ފަސްސަތޭކަ ސާދަ) އަކަފޫޓުގެ ޢިމާރާތް ރ. މާކުރަތު އޮފީސް / މާކުރަތު އިރުމަތީ ހަސީނާ މަޙްމޫދު، […]، ރ.މާކުރަތު، ޝަމްލާ ޢަބްދުއްޝުކޫރު، މޫރިތި، ރ.މާކުރަތު، އަމީނާ އިބްރާހީމް، މަލަ، ރ.މާކުރަތު، ހަފްސާ މުޙައްމަދު، […]، ރ.މާކުރަތު، ހުސްނާ މުޙައްމަދު، […]، ރ.މާކުރަތު، ވަޙީދާ މަޙްމޫދު، […]، ރ.މާކުރަތު، ފާތިމަތު ޝަފީޤާ، […]، ރ.މާކުރަތު، ފައުޒިއްޔާ އަޙްމަދު، […]، ރ.މާކުރަތު، ނާޒިމާ ޢަބްދުއްޝުކޫރު، […]، ރ.މާކުރަތު، ސާމަތު ނަސީމް، މަލަ، ރ.މާކުރަތު، އާސިޔާ ހަސަން، ސެއާލިން، ރ.މާކުރަތު، މަރްޔަމް ސަޢީދާ، […]، ރ.މާކުރަތު، ސަމީމާ އަޙްމަދު، […]، ރ.މާކުރަތު، ސަރީފާ އަޙްމަދު، […]، ރ.މާކުރަތު، އާދަމް ޒަކަރިއްޔާ، […]، ރ.މާކުރަތު، ޘުރައްޔާ އިބްރާހީމްފުޅު، […]، ރ.މާކުރަތު، މުޙައްމަދު ލަޠީފް، ގަސްކަރަ، ރ.މާކުރަތު، 4 މިނިސްޓްރީ އޮފް އެޓޯލްސް އެޑްމިނިސްޓްރޭޝަންގެ ނަންބަރު 2002/E-9/28 "ރާއްޖެތެރޭގައި މީހުންއުޅޭ ރަށްރަށުން ސަރުކާރުގެ އެކި ބިމުގެ ރަޖިސްޓްރީ" (21 މެއި 2002). އަވަށު ރައްޔިތުންގެ ނަމުގައި ރަޖިސްޓްރީ ކޮށްދިނުމަށް އެދި އެ އަތޮޅުގެ އަތޮޅު އޮފީހުގެ ސިޓީއަކުން އެދުމާ ގުޅިގެން، "ރ. މާކުރަތު އޮފީސް / މާކުރަތު އިރުމަތީ އަވަށް" ނަމުގައި ރަޖިސްޓްރީކޮށް ދިނުމަށްޓަކައި ހަދާފައިވާ ރަޖިސްޓްރީއެކެވެ.
6ބަޔާންކުރެވުނު ގޮތުގެ މަތިން ރަޖިސްޓްރީ ހަދާފައި ވަނިކޮށް، ބިމުގެ ރަޖިސްޓްރީން މާކުރަތު އިރުމަތީ އަވަށު ރައްޔިތުންގެ ނަން އުނިކުރުމަށްފަހު އެ ބިމަކީ ހަމައެކަނި މާކުރަތު ކައުންސިލްގެ ނަމުގައި އޮންނަ ބިމަކަށް ބަދަލުކޮށް، އެ ކައުންސިލްގެ ނަންބަރު 305/(A)R-4/2017/05 "މާޅޮސްމަޑުލު އުތުރުބުރީ މާކުރަތުން ސަރުކާރުގެ އެކި ފަރާތް ތަކަށް ދޫކުރެވޭ ބިމުގެ ރަޖިސްޓްރީ" 09 ޖުލައި 2017 ގައި މާކުރަތު ކައުންސިލްގެ އިދާރާއިން ހަދާފައިވެއެވެ.
7ބިމުގެ މިލްކުވެރިކަން ބަދަލުވެފައިވަނީ މާކުރަތު އިރުމަތީ އަވަށު ރައްޔިތުންގެ ފަރާތުން ގެސްޓްހައުސްގެ ގޮތުގައި ޢިމާރާތްކޮށްފައިވާ ތަން، މާކުރަތު އިރުމަތީ އަވަށު ރައްޔިތުން ތަމްސީލުކުރުމަށް ރަޖިސްޓްރީކޮށް ހިންގަމުންދާ މާކުރަތު ކޯޕަރޭޓިވް ސޮސައިޓީގެ ފަރާތުން ހިނގަމުންދަނިކޮށް ކަމުގައިވާތީ، މާކުރަތު ކައުންސިލުން ބިމުގެ ރަޖިސްޓްރީ ބަދަލުކޮށްފައިވަނީ ޤާނޫނާ ޚިލާފަށް ކަމަށް ކަނޑައަޅައިދިނުމަށާއި، ބިމުގެ ރަޖިސްޓްރީ މާކުރަތު ކޯޕަރޭޓިވް ސޮސައިޓީގެ ނަން މައްޗަށް ބަދަލުކޮށްދިނުމަށް އެދި މާކުރަތު ކޯޕަރޭޓިވް ސޮސައިޓީގެ ފަރާތުން މާކުރަތު ކައުންސިލްގެ އިދާރާގެ މައްޗަށް ރައްދުވާ ގޮތަށް 03 އޮކްޓޫބަރު 2018 ގައި ރ. މާކުރަތު މެޖިސްޓްރޭޓް ކޯޓަށް ދަޢުވާއެއް ހުށަހެޅިއެވެ. ރ. މާކުރަތު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 21/E9C/2018 ޤަޟިއްޔާ
8ރ. މާކުރަތު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 21/E9C/2018 ޤަޟިއްޔާއިން ބެލި އެ މައްސަލައިގައި ކޯޓުން ޙުކުމްކޮށްފައިވަނީ މާކުރަތު ކައުންސިލްގެ އިދާރާގެ ފަރާތުން 2002 ވަނަ އަހަރު މިނިސްޓްރީ އޮފް އެޓޯލްސް އެޑްމިނިސްޓްރޭޝަނުން ދޫކޮށްފައިވާ "ރާއްޖެތެރޭގައި މީހުން އުޅޭ ރަށްރަށުން ސަރުކާރުގެ އެކިފަރާތްތަކަށް ދޫކުރެވޭ ބިމުގެ ރަޖިސްޓަރީ" (މީގެ ފަހުން "ފުރަތަމަ ރަޖިސްޓަރީ") ބާޠިލްކޮށްފައިވަނީ ޤާނޫނާ ޚިލާފަށް ކަމަށް ކަނޑައަޅާނެ ތަނެއް ނެތް ކަމަށާއި، 2017 ވަނަ އަހަރު މާކުރަތު ކައުންސިލްގެ އިދާރާއިން ހަދާފައިވާ އެ ކައުންސިލްގެ "މާޅޮސްމަޑުލު އުތުރުބުރީ މާކުރަތުން ސަރުކާރުގެ އެކިފަރާތް ތަކަށް ދޫކުރެވޭ ބިމުގެ ރަޖިސްޓްރީ" (މީގެ ފަހުން "ދެވަނަ ރަޖިސްޓަރީ") އަކީ ބާޠިލް ރަޖިސްޓްރީއެއް ކަމަށް ކަނޑައަޅާނެ ޝަރުޢީ އަދި ޤާނޫނީ އެއްވެސް އަސާސެއް ނެތް ކަމަށާއި، ފުރަތަމަ ރަޖިސްޓްރީގެ މައްޗަށް ނިސްބަތްވާ ގޯއްޗާއި، އެ ގޯތީގައި ހުރި ޢިމާރާތާއި މުދަލުގެ މިލްކުވެރި ފަރާތަކީ މާކުރަތު ކައުންސިލްގެ އިދާރާކަމަށް ކަނޑައަޅައި، އެ ބިމާއި ޢިމާރާތުގެ ރަޖިސްޓްރީ މާކުރަތު ކޯޕަރޭޓިވް ސޮސައިޓީގެ ނަމަށް ބަދަލުކުރުމަށް ދައުލަތުގެ ކަމާބެހޭ އިދާރާތަކުގެ މައްޗަށް އަންގައި އަމުރުކުރާނެ ތަނެއް ނެތް ކަމަށާއި، އެ ބިމާއި ޢިމާރާތުގައި ހުރި އެންމެހައި ތަކެއްޗާއި، ޢިމާރާތްތަކުގެ ތަޅުދަނޑިތަކާ ހަވާލުވެ ތިބި ފަރާތްތަކުން، މައްސަލައިގެ ޙުކުމްކުރާ ވަގުތުން ފެށިގެން 24 (ސައުވީސް) ގަޑިއިރުގެ ތެރޭގައި، މާކުރަތު ކައުންސިލްގެ އިދާރާއަށް އެ ތަކެތި ހަވާލުކުރުމަށް އަންގައެވެ. މީގެ އިތުރުން، ކޯޓުގެ ޙުކުމް ތަންފީޒުކުރުމަށް އެއްވެސް ފަރާތަކުން ހުރަސްއަޅައިފިނަމަ، ޙުކުމް ތަންފީޒުކޮށްދިނުމުގެ ގޮތުން މާކުރަތު ކައުންސިލްގެ އިދާރާއަށް ބޭނުންވާ އެންމެހައި އެހީތެރިކަން ފޯރުކޮށްދިނުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ މައްޗަށް އަމުރުކޮށްފައިވެއެވެ.
9ރ. މާކުރަތު މެޖިސްޓްރޭޓް ކޯޓުން މިފަދައިން ނިންމާފައިވަނީ އަންނަނިވި ކަންކަމުގެ މައްޗަށް ބިނާކޮށްގެންކަން އެ ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށް ބެލުމުން އެނގެން އޮވެއެވެ.
9.1 މި މައްސަލައިގައި ޚުޞޫމާތު އުފެދިފައިވާ ބިމުގެ ރަޖިސްޓްރީއަކީ ސަރުކާރުގެ އެކިފަރާތްތަކަށް ދޫކުރެވޭ ބިމުގެ ރަޖިސްޓަރީއެއްކަން އެ ރަޖިސްޓްރީގައި ބަޔާންކޮށްފައި އޮތުމުން، މި ރަޖިސްޓްރީ ދޫކޮށްފައިވަނީ ޢާންމު ފަރުދަކަށް ނުވަތަ ޖަމާޢަތަކަށް ނޫންކަމާއި، މި ރަޖިސްޓްރީއަކީ ސަރުކާރުގެ ފަރާތަކަށް ދޫކޮށްފައިވާ ރަޖިސްޓްރީއެއްކަން އެ ރަޖިސްޓްރީގެ ސުރުޚީއަށް ބެލުމުން އެނގޭކަން.
7. ރ. މާކުރަތު ކައުންސިލްގެ ނަންބަރު 305(A)R-4/2017/05 (09 ޖުލައި 2017) "މާޅޮސްމަޑުލު އުތުރުބުރީ މާކުރަތުން ސަރުކާރުގެ އެކިފަރާތްޓަރީކަށް ދޫކުރެވޭ ބިމުގެ ރަޖިސްޓްރީ"
9.2 ރަޖިސްޓްރީގައި ބިން ހަވާލުކުރެވުނު ފަރާތުގެ ގޮތުގައި "ރ. މާކުރަތު އޮފީސް / "މާކުރަތު އިރުމަތީ އަވަށް" މިފަދައިން ބަޔާންކޮށްފައި އޮތުމުން، ބިމުގެ ރަޖިސްޓްރީގެ ސުރުޚީގައި ބަޔާންކުރާ ސަރުކާރުގެ ފަރާތަކީ "ރ.މާކުރަތު އޮފީސް" ކަން.
9.3 ބިމުގައި ހުރި ޢިމާރާތުގެ މަސައްކަތް ކޮށްފައިވަނީ ރ. މާކުރަތު ރައްޔިތުންގެ ތެރެއިން ވަކި ބަޔަކު އިސްނަގައި، އެ ރައްޔިތުންގެ މަސައްކަތާއި ޚަރަދުން ކަމުގައިވާނަމަވެސް، ރައްޔިތުން އެފަދައިން މަސައްކަތް ކޮށްފައިވަނީ ހިލޭ ސާބަހަށްކަން ރ. މާކުރަތު ރަށް ކުރިއަރުވާ ކޮމެޓީ (މީގެ ފަހުން "ރ.ކ ކޮމެޓީ") ގެ އެ ދުވަސްވަރުގެ ބައްދަލުވުންތަކުގެ ޔައުމިއްޔާތަކަށް ބެލުމުން އެނގޭކަމާއި، އެ މަސައްކަތުގައި ރައްޔިތުން ބައިވެރިވެފައިވަނީ އަމިއްލަ މަސައްކަތެއްގެ ގޮތުގައި ދެކިގެން ނޫންކަމާއި، އެ މަސައްކަތް ކޮށްފައިވަނީ ޖަމާޢީ ގޮތެއްގައި މުޅި މާކުރަތުގެ ތަރައްޤީއާއި ކުރިއެރުމަށް ކަމަށާއި، ރައްޔިތުންގެ މަސައްކަތާއި ހޭދައިން ބިމެއް ތަރައްޤީކުރި ނަމަވެސް، އެ ނޫން ގޮތަކަށް ސާބިތު ނުވާހާ ހިނދަކު، އެ ބިމާއި ޢިމާރާތް ހުންނާނީ ސަރުކާރުގެ ބޭނުމަށް ދޫކުރި ބިމެއްގެ ގޮތުގައިކަން ބިމާބެހޭ ޤާނޫނުގެ ޢާންމު މަފްޙޫމަށް ބެލުމުން އެނގޭކަން.
9.4 ރ. މާކުރަތަށް ޒިޔާރަތްކުރާ ސަރުކާރުގެ ވަފުދުތަކާއި، ޓީމުތަކާއި، މެހެމާނުން ތިބުމަށް ޢިމާރާތެއް ހެދުމުގެ މުހިންމުކަމާއި، އެކަމަށް ބަޖެޓް ހޯދާނެ ގޮތަކާއި ގުޅޭގޮތުން ރ.ކ ކޮމެޓީގެ 14 ޖޫން 2001 ގައި ބޭއްވުނު ބައްދަލުވުމުގައި މަޝްވަރާކޮށްފައިވާކަން އެ ބައްދަލުވުމުގެ ޔައުމިއްޔާއިން އެނގޭކަމާއި، މި ޕްރޮޖެކްޓް ކުރިއަށްދާނީ ހިލޭ ސާބަހަށް މަސައްކަތްކުރާ ރައްޔިތުންގެ ބައެއްގެ ބައިވެރިވުމާއި އެކުގައި ކަމާއި، މި ޕްރޮޖެކްޓްގެ މަސައްކަތް ކުރިއަށް ގެންދިޔުގައި ނިންމަންޖެހޭ ނިންމުންތައް ކޮމެޓީން ނިންމާ އެކަންކަން ތަންފީޒު ކުރާވަރު ރ.ކ ކޮމެޓީން މޮނިޓަރކޮށް ބަލަހައްޓަމުން ގޮސްފައިވާކަން އެ ކޮމެޓީގެ 04 ފެބްރުވަރީ 2002 އާއި، 15 މާރިޗު 2002 ގެ ބައްދަލުވުންތަކުގެ ޔައުމިއްޔާއަށް ބެލުމުން އެނގޭކަން.
9.5 ދެންނެވުނު ޢިމާރާތް ކުރުމަށް ބޭނުންވާ ސާމާނާއި އެހީ ހޯދުމަށް ރ.މާކުރަތު އޮފީހުން ސިޓީ ފޮނުވާފައިވާއިރު، 03 އެޕްރީލް 2006 ގައި ބޭއްވި ރ.ކ ކޮމެޓީގެ ޔައުމިއްޔާއަށް ބެލުމުން، ދެންނެވުނު ޢިމާރާތުގެ މަސައްކަތްތަކަށް ރ.މާކުރަތު އޮފީހުގެ ފަރާތުންނާއި ރ.ކ ކޮމެޓީގެ ފަރާތުން ޚަރަދުކޮށްފައިވާކަން އެނގެން އޮންނަކަމާއި، މި ޕްރޮޖެކްޓަކީ ރަށު އޮފީހާއި ރ.ކ ކޮމެޓީގެ ބެލުމުގެ ދަށުން ހިންގި ޕްރޮޖެކްޓެއް ނަމަވެސް އެއީ ރައްޔިތުންގެ ހިއްސާ އޮވެގެން ކުރިއަށް ގެންދާ ޕްރޮޖެކްޓެއްކަމުގައި ބަޔާންކޮށް، ޕްރޮޖެކްޓަށް އެހީ ހޯދުމަށް ރަށު އޮފީހުން 12 ޖަނަވަރީ 2003 ގައި ފޮނުވާފައިވާ ސިޓީއަށް އެނގެން އޮތުމުން، ދެންނެވުނު ޢިމާރާތްކުރުމުގައި ރ.މާކުރަތު އޮފީހާއި ރ.ކ ކޮމެޓީން އެހީތެރިވެދިނުމުގެ އިތުރަށް ފައިސާ ޚަރަދުކޮށްފައިވާކަމާއި، ޕްރޮޖެކްޓްގެ ވެރި ފަރާތަކީ ރ.މާކުރަތު ރަށު އޮފީސްކަން އެނގޭކަން.
9.6 ރ.މާކުރަތު އިރުމަތީ އަވަށް ކަމަށް ބުނެ މާކުރަތު ކޯޕަރޭޓިވް ސޮސައިޓީގެ ފަރާތުން ޝަރީޢަތަށް ހުށަހަޅާފައިވާ ޗާޓަކީ ދައުލަތުގެ އިދާރާއަކުން ޞައްޙަކަން ކަށަވަރުކޮށްފައިވާ ޗާޓެއް ނޫންކަމާއި، އެ ޗާޓަކީ މާކުރަތު ކޯޕަރޭޓިވް ސޮސައިޓީގެ ފަރާތުން އަމިއްލައަށް ތައްޔާރުކޮށް ޝަރީޢަތަށް ހުށަހަޅާފައިވާ ޗާޓެއްކަން އެ ޗާޓަށް ބެލުން އެނގޭކަން.
9.7 ފުރަތަމަ ރަޖިސްޓްރީ ބާޠިލްކޮށް ރ. މާކުރަތު ކައުންސިލުން ދެވަނަ ރަޖިސްޓްރީ ހަދާފައިވަނީ ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު) ގެ 139 ވަނަ މާއްދާގެ ދަށުން ކައުންސިލަށް ލިބިދީފައިވާ ޤާނޫނީ ބާރާއި އިޚްތިޔާރުގެ ދަށުންކަން. 8 ރ. މާކުރަތު އޮފީހުގެ ނަންބަރު E9-A/E/2006/17 (26 އެޕްރީލް 2006) ސިޓީ 9 ރ. މާކުރަތު އޮފީހުގެ ނަންބަރު E9-A/E/2003/01 (12 ޖަނަވަރީ 2003) ސިޓީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2020/HC-N-A/14 ޤަޟިއްޔާ
10ރ. މާކުރަތު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 21/E9C/2018 ޤަޟިއްޔާގެ ޙުކުމް، މާކުރަތު ކޯޕަރޭޓިވް ސޮސައިޓީގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން، އެ ކޯޓުގެ ނަންބަރު 2020/HC-N-A/14 ޤަޟިއްޔާއިން އެ މައްސަލަ ބަލާފައިވެއެވެ. އަދި ދިވެހިރާއްޖޭގައި ހައިކޯޓުގައި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ރ. މާކުރަތު މެޖިސްޓްރޭޓް ކޯޓުގެ ނިންމުން ބާޠިލްކޮށް، މިނިސްޓްރީ އޮފް އެޓޯލްސް އެޑްމިނިސްޓްރޭޝަނުން ހަދާދީފައިވާ ފުރަތަމަ ރަޖިސްޓްރީގެ މައްޗަށް ނިސްބަތްވާ ގޯއްޗާއި، އެ ގޯތީގައި ހުރި ޢިމާރާތާއި މުދަލުގެ މިލްކުވެރިފަރާތަކީ ރ. މާކުރަތު ކޯޕަރޭޓިވް ސޮސައިޓީ ކަމަށް ކަނޑައަޅައި، އެ ބިމާއި ޢިމާރާތުގެ ރަޖިސްޓްރީ މާކުރަތު ސޮސައިޓީގެ ނަމަށް ބަދަލުކުރުމަށް ދައުލަތުގެ ކަމާބެހޭ އިދާރާތަކުގެ މައްޗަށް އަންގައި ޙުކުމްކޮށްފައިވެއެވެ.
11ހައިކޯޓުން މިފަދައިން ނިންމާފައިވަނީ އަންނަނިވި ކަންކަމުގެ މައްޗަށް ބިނާކޮށްކަން އެ ޤަޟިއްޔާގެ ރިޕޯޓަށް ބެލުމުން އެނގެން އޮވެއެވެ.
11.1 ދިވެހިރާއްޖޭގައި ބިމުގެ މިލްކުވެރިކަން ސާބިތުކުރުމަށް އޮތް އެއް މުސްތަނަދަކީ ކަމާބެހޭ ރަސްމީ އިދާރާއަކުން އެ ބިމަކަށް ހަދައި ދޫކޮށްފައިވާ ރަޖިސްޓްރީ ކަމުގައިވާއިރު، މި މައްސަލައިގައި ހިމެނޭ ބިމާ ގުޅޭ ގޮތުން ދޫކޮށްފައިވާ ފުރަތަމަ ރަޖިސްޓްރީގައި ބިން ހަވާލުކުރެވިފައިވާ ފަރާތެއްގެ ގޮތުގައި "މާކުރަތު އިރުމަތީ އަވަށު ރައްޔިތުން" އޮތުމުން، އެ ބިމަކީ "ރ.މާކުރަތު އަވަށު ރައްޔިތުން" ގެ ބިމެއް ކަމުގައި ބަލަންޖެހޭ ކަމާއި، އެހެންކަމުން އެ ބިމަކީ ޤާނޫނުއަސާސީގެ 40 ވަނަ މާއްދާގެ (ށ) ގައިވާ ބަޔާންކުރާ "މީސްމީހުންގެ މުދާ" ގެ ތެރެއަށް ފެތޭ އަދި އެ އަކުރުގެ ދަށުން ހިމާޔަތް ލިބިދޭންޖެހޭ ބިމެއް ކަމަށާއި، އެ ބިމުގެ އެއް ހަވާލުވެރިއަކީ ނުވަތަ މިލްކުވެރިއަކީ އަމިއްލަ ފަރާތެއް ކަމަށްވާ މާކުރަތު އިރުމަތީ އަވަށު ރައްޔިތުންކަން.
11.2 ބިމަށް ހަދާދީފައިވާ ފުރަތަމަ ރަޖިސްޓްރީއަކީ ޤާނޫނު ނަންބަރު 24/76 (ހެއްކާބެހޭ ޤާނޫނު) ގެ 2 ވަނަ މާއްދާގައިވާ ގޮތުގެ މަތިން، ޝަރީޢަތުގެ މަޖިލީހުން ހުއްދަދީގެން ހުށަހަޅާފައިވާ ކަމާއި، މިފަދަ އެތައް ކިތާބީ ހެއްކެއްގައިވެސް "ރ.މާކުރަތު އިރުމަތީ އަވަށް" ގެ ވާހަކަ އައިސްފައިވާތީ، މި ހެކިތަކަށް ރިޢާޔަތްކުރުމަށް ޤާނޫނު ނަންބަރު 13/2010 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ހ) ގެ (1) ގައި ފަނޑިޔާރުންގެ މައްޗަށް ލާޒިމްކުރެވިފައިވީ ހިނދު، އެފަދަ ހެކިތަކަށް ރިޢާޔަތްކުރުމެއް ނެތި ނިންމާފައިވާ ނިންމުމަކީ ހެއްކާބެހޭ ޤާނޫނުގެ 2 ވަނަ މާއްދާއާއި ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ
(ހ) ގެ (1) އާ ޚިލާފު ނިންމުމެއްކަން.
11.3 މާކުރަތު އިރުމަތީ އަވަށު ރައްޔިތުންނަކީ ޤާނޫނުގެ ބޭނުމަށްޓަކައި އަމިއްލަ ފަރާތެއް ކަމާއި އެހެނިހެން އަމިއްލަ ފަރާތްތަކުގެ ބިންތަކެކޭ އެއްފަދައިން އެއީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގައި ބުނާ ފަދަ "ރައްޔިތުންގެ" ބިމެއް ނޫންކަމުން، މިނިސްޓްރީ އޮފް އެޓޯލްސް އެޑްމިނިސްޓްރޭޝަނުން ދޫކުރި ފުރަތަމަ ރަޖިސްޓްރީ ނިސްބަތްވާ ބިމުގެ މައްޗަށް ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ 139 ވަނަ މާއްދާ ހިނގާނެ ކަމަށް ނުފެންނަކަން. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވާ ނުކުތާތައް
12ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2020/HC-N-A/14 ޤަޟިއްޔާ ނިންމުން އިސްތިއުނާފު ކުރުމުގެ ގޮތުން އިސްތިއުނާފު ކުރާ ފަރާތްތަކުން އަންނަނިވި 4 (ހަތަރެއް) ސަބަބު ހުށަހަޅާފައިވެއެވ.
12.1 ހައިކޯޓުން ޤާނޫނުއަސާސީގެ 40 ވަނަ މާއްދާގެ (ށ) މާނަކުރި ގޮތުން ގިނަ ރައްޔިތުންގެ ޙައްޤު ގެއްލިގެން ގޮސް މާފަހުން އުފަންވި ވަކި އަމިއްލަ ފަރުދުން ތަކެއްގެ އަތް މައްޗަށް ދައުލަތުގެ މުދަލެއް ގޮސްފައިވާ ކަމަށް ބުނެ ހުށަހެޅި ސަބަބު.
12.2 ހައިކޯޓުން މައްސަލަ ނިންމުމުގައި ރ.މާކުރަތުގައި އިރުމަތީ އަވަށެއް އޮންނަ ކަމަށް ކަނޑައަޅާފައިވަނީ ޤާނޫނީ ގޮތުން ރަނގަޅަށް ނޫންކަމަށާއި، ޤާނޫނުއަސާސީގައި އިދާރީ ދާއިރާތައް ހިމަނާފައިވާ ގޮތާއި، އެ ދާއިރާތައް ހިންގުމަށް ލާމަރުކަޒީ ޤާނޫނުން ހަމަޖައްސާފައިވާ ނިޒާމާއި ކަނޑައެޅިގެން ޚިލާފަށް، އިރުމަތީ އަވަށަށް ނިސްބަތްވާ ބަޔަކު ސާފުކޮށް އެނގެން ނެތި ކަމަށް ބުނެ ހުށަހެޅި ސަބަބު.
12.3 ހައިކޯޓުން މައްސަލަ ނިންމުމުގައި ލާމަރުކަޒީ ޤާނޫނުގެ 139 ވަނަ މާއްދާ ގޯސްކޮށް މާނަކޮށް މައްސަލައިގައި ހިމެނޭ ދައުލަތުގެ މުދަލެއް ރަސްމީ އިދާރާތަކުން އެއާމެދު އަމަލުކުރުމަށް ނިންމާފައި ހުރި ނިންމުންތަކާވެސް ކަނޑައެޅިގެން ޚިލާފަށް، އަދި އެ ނިންމުންތަކަށް ވެސް ރަނގަޅަށް ރިޢާޔަތްނުކޮށް ދައުލަތުގެ ކަމާއި ގުޅުން ހުރި އިދާރާތަކުގެ އެގްޒެކެޓިވް ޑިސިޝަން ތަކުގެ ތެރެއަށް ވަދެވޭ ގޮތަށް، ޤާނޫނު ތަންފީޒުކުރުމުގެ ބާރުގެ ތެރެއަށް ކޯޓުން ވަދެވޭ ގޮތަށް މައްސަލަ ނިންމާފައިވާ ކަމަށް ބުނެ ހުށަހެޅި ސަބަބު.
12.4 ހެއްކާބެހޭ ޤާނޫނުގެ 5 ވަނަ މާއްދާގައި ބަޔާންކުރާ ޑޮކިއުމަންޓްރީ އެވިޑެންސް ރޫލްއަށް ރަނގަޅަށް ރިޢާޔަތްނުކޮށް މައްސަލަ ނިންމާފައިވާ ކަމަށް ބުނެ ހުށަހެޅި ސަބަބު.
13މިއިން ކޮންމެ އިސްތިއުނާފީ ނުކުތާއަކާ ގުޅޭގޮތުން ފާހަގަކުރަންހުރި ކަންކަން ބަޔާންކުރާއިރު، އިސްތިއުނާފީ ނުކުތާތަކުގެ ރައްދުގައި މާކުރަތު ކޯޕަރޭޓިވް ސޮސައިޓީގެ ފަރާތުން ފާހަގަކޮށްފައިވާ ކަންކަން ހިމަނާނަމެވެ.
14މި މައްސަލައިގައި ތަދައްޚުލްކުރުވެފައިވާ މާކުރަތު ކައުންސިލްގެ އިދާރާއިން ދަށު ކޯޓުގައި ވަކާލާތު ކޮށްފައިވާ ގޮތާއި ދިވެހިރާއްޖޭގެ ހައިކޯޓުގައި ހިންގި މައްސަލައިގެ ތެރެއިން އެ ކައުންސިލުން ހުށަހަޅާފައިވާ ކަންކަން ތަފާތުވެފައިވުމުން، މިޚުޞޫމާތާމެދު މާކުރަތު ކައުންސިލްގެ އިދާރާއިން ދެކޭގޮތް ނުވަތަ ވިސްނުން ބަދަލުވެ، އެ ކައުންސިލްގެ އިދާރީ ސްޓޭންޑް ބަދަލުކޮށްފައިވާކަން އެނގެން އޮވެއެވެ. އަދި ސުޕްރީމް ކޯޓުގައި ކުރިއަށް ދިޔަ އަޑުއެހުންތަކުގައި އެ ކައުންސިލްގެ ފަރާތުން ޖުމްލަ ގޮތެއްގައި ބުނެފައިވަނީ މާކުރަތު ކޯޕަރޭޓިވް ސޮސައިޓީގެ ފަރާތުން ދައްކާފައިވާ ވާހަކަތަކަށް ތާއީދުކުރާ ކަމަށާއި، ކައުންސިލްގެ މައްޗަށް ރަޖިސްޓްރީ ބަދަލުކޮށްފައިވަނީ ބަލަންވާ ވަރަށް ނުބަލައި އަދި މަޢުލޫމާތު ނަގަންޖެހޭ ވަރަށް ނުނަގައި ކަމުގައެވެ. މި މައްސަލައިގައި ތަދައްޚުލްވި ފަރާތަކުންވެސް އެދިފައިވަނީ، ހައިކޯޓުގެ ޙުކުމް ދަމަހައްޓައި ދިނުމަށެވެ. ސުޕްރީމް ކޯޓުން ގޮތް ކަނޑައަޅަންޖެހޭ ނުކުތާތައް
15މި މައްސަލައިގައި ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާތަކަށް ބަލާއިރު، ސުޕްރީމް ކޯޓުން ގޮތް ކަނޑައަޅަންޖެހެނީ ދިވެހިރާއްޖޭގެ ހައިކޯޓުން:
(ހ) މާޅޮސްމަޑުލު އުތުރުބުރީ ކައުންސިލްގެ އިދާރާއިން މިނިސްޓްރީ އޮފް އެޓޯލްސް އެޑްމިނިސްޓްރޭޝަނުން ބިމަށް ދޫކޮށްފައިވާ ފުރަތަމަ ރަޖިސްޓްރީ ބާޠިލްކޮށްފައިވަނީ؛ އަދި
(ށ) އެ ރަޖިސްޓަރީގެ މައްޗަށް ނިސްބަތްވާ ގޯއްޗާއި، އެ ގޯތީގައި ހުރި ޢިމާރާތާއި މުދަލުގެ މިލްކުވެރިފަރާތަކީ ރ. މާކުރަތު ކޯޕަރޭޓިވް ސޮސައިޓީކަމަށް ކަނޑައަޅައިފައިވަނީ؛ ޤާނޫނާ ޚިލާފަށްކަން ނުވަތަ ނޫންކަމުގެ މައްޗަށެވެ.
16މި މައްސަލައިގެ އިސްތިއުނާފީ ނުކުތާތަކާ މެދު ގޮތް ކަނޑައެޅުމުގެ ކުރިން މި މައްސަލައިގެ ފަސްފަހަތް ދެނެގަތުމަށްޓަކައި މި މައްސަލައިގައި ހިމެނޭ ބިމާއި، ޢިމާރާތަށް ހެދިފައިވާ ރަޖިސްޓްރީތަކާއި، އެ ޕްރޮޖެކްޓުގެ މަސައްކަތް ފެށިގެން ދިޔަ ގޮތް އެނގުން މުހިއްމު ކަމުގައިވާތީ، އެކަން ކަމަށް ފުރަތަމަ ބަލާލާނަމެވެ. މައްސަލައިގެ ފަސްފަހަތް
(ހ) ރ. މާކުރަތުގައި ގެސްޓް ހައުސްއެއް ޢިމާރާތްކުރަން ފެށުން
17ރ. މާކުރަތުގައި ގެސްޓް ހައުސް އެއް ޢިމާރާތެއް ކުރުމުގެ ޚިޔާލާއި މަޝްވަރާތައް ފެށިފައިވަނީ ރަށަށް ވަޑައިގަންނަވާ ސަރުކާރުގެ މަތީ ފަންތީގެ ބޭފުޅުންނަށް ރަނގަޅު މެހެމާން ދާރީއެއް އަދާކުރެވޭނެ އެކަށީގެންވާ ތަނެއް ނެތުމާއި، ރަށުގައިވެސް އެކަށީގެންވާ ކޮޓަރި ނެތުމުގެ ސަބަބުން ރަށުގައި އެފަދަ ބޭފުޅުން މަޑުކުރުމުގައި ދަތިތަކެއް ހުރުމުގެ ސަބަބުންނެވެ. އެހެންނަމަވެސް މިފަދަ ޢިމާރާތެއް އެޅުމަށް ނުވަތަ ޕްރޮޖެކްޓެއް ހިންގުމަށް ބިމެއް ބޭނުންވާނެތީ، އަދި އެކަމުގައި ރަށު އޮފީހުގެ ލަފައާ މަޝްވަރާ ބޭނުންވާތީ، އެކަމުގެ މަޝްވަރާތައް ރ. މާކުރަތުގެ ރ.ކ ކޮމިޓީގެ އެކި ބައްދަލުވުންތަކުގައި ކުރެވިފައިވާކަން އެ ކޮމެޓީގެ ބައްދަލުވުންތަކުގެ ޔައުމިއްޔާތަކަށް ބެލުމުން އެނގެއެވެ. އެގޮތުން، ރަށު އޮފީހުގެ ވިސްނުމަކީ ރަށުގެ މެދުތެރޭގައި ހުރި ފަޅު ބިންތައް އާބާދުކުރުން ކަމުގައިވާތީ، ރަށުގެ އިރުމަތީ އަވަށުގައި އޮތް މިރުސްމާގެ އެވެ ކިޔާ ބަންޑާރަ ބިން، ރަށު އޮފީހުން އިދާރީ ބަދަލު ދީފައި ރަށު އޮފީހުގެ ބޭނުމަށް ނެގުންމަށް ރ.ކ ކޮމެޓީގެ ރައީސް އަދި ރ. މާކުރަތުގެ ކަތީބު ހުށަހެޅުމުން، އެކަމަށް އެ ކޮމިޓީގެ މެންބަރުން ތާއީދުކޮށްފައިވެއެވެ. އަދި ރ. އަތޮޅު އޮފީހުގެ ޓީމެއް ގެނެސް އެ ބިމުގައި ހުރި ރުއްގަހުގެ އަގު ކަނޑައެޅުމުން ބިމުގައި ހުރި ރުއްގަހުގެ ބަދަލު ޝަރުޢީ ބަދަލަށް ވުރެ ކުޑަ ނުވާނެގޮތެއްގެ މަތިން ދިނުމަށާއި، ރަށު އޮފީހުން ކަތީބު ޖައުފަރު ދާއޫދު އާއި ކުޑަކަތީބު ޢަދުނާން ޙުސައިން އިސްވެ މި މަސައްކަތްތައް އަވަސް މުއްދަތެއް ތެރޭގައި ކޮށް ނިންމާ ރަށުގެ ރ.ކ ކޮމެޓީއާ ބިން ހަވާލު ކުރާ ގޮތަށް މެންބަރުން ނިންމާފައިވެއެވެ.
18މަޝްރޫޢު ކުރިޔަށް ގެންދިޔުމާ ގުޅޭގޮތުން އެކުލަވާލާފައިވާ ޕްރޮޖެކްޓު ޕްރޮޕޯސަލް އިން މި މައްސަލައިގެ ބޭނުމަށް މުހިއްމު ކަމުގައި ފާހަގަކުރެވޭ ކަންކަމަށް ބަލައިލާނަމެވެ. އެގޮތުން: ޕްރޮޖެކްޓުގެ ނަން ރ.މާކުރަތު ރައްޔިތުންގެ ގެސްޓްހައުސް ޢިމާރާތް ކުރުން ޕްރޮޖެކްޓުގެ ވެރިފަރާތް ރ.މާކުރަތު އޮފީސް ޕްރޮޖެކްޓުގެ ތަޢާރަފު ރ.މާކުރަތަކީ، […] އެއް ނެތް އަދި އަމިއްލަ މީސްމީހުންގެ ގޭގައިވެސް ކުއްޔަށްދޭ ރަނގަޅު ފެންވަރުގެ ކޮޓަރިފަދަ ތަންތަން ލިބެން ނެތް ރަށެކެވެ. އެހެންކަމުން، ރަށަށް ވަޑައިގަންނަވާ ސަރުކާރުގެ ވަފްދުތަކާއި މި ނޫންވެސް ރަށުގައި ދެވޭ ކަހަލަ ގޮތަކަށް ރަށަށް ވަޑައިގަންނަވާ އެއްވެސް ފަރާތަކަށް ރަނގަޅު ފެންވަރުގެ މެހެމާންދާރީއެއް އަދާކުރެވޭކަށް ނުހުރެއެވެ. ވުމާއެކު، މިއީ، ރަށަށް ވަޑައިގަންނަވާ މިފަދަ ހުރިހާ ފަރާތްޕުޅުތަކަކަށް ބޭނުން ހިތްޕެވޭނޭފަދަ ގޮތަކަށް ރަށުގެ (ރ.މާކުރަތުގެ) ރައްޔިތުން ޢިމާރާތްކުރާ ގެސްޓް ހައުސްއެކެވެ. މި ޢިމާރާތް ހުންނަނީ ރަށު އޮފީހާ ވަރަށް ކައިރީގައެވެ. މި ޢިމާރާތުގައި ހުންނާނީ 4 ކޮޓަރިއާއި ސިޓީންރޫމަކާއި ޑައިނިންގ ރޫމަކާއި ބަދިގެއަކާއި ހޯލެކެވެ. ހުރިހާ ކޮޓަރިއެއްގައި ފާޚާނާ ހުންނާނެއެވެ. ޢިމާރާތުގެ ކުރެހުމެއް ޕްރޮޖެކްޓާއެކު ހިމަނާފައި ވާނެއެވެ. މި ޢިމާރާތް އެޅުމަށް ބޭނުންވާ ބިން ސަރުކާރުން ދެއްވުމުން މިހާރުވަނީ އެ ބިމުގައިހުރި އަމިއްލަ މީސްމީހުންގެ ރުއްގަހަށް ރ.މާކުރަތު ރައްޔިތުން ބަދަލުދީ މުޅިން ނިންމާފައެވެ. އަދި އެ ބިމުގެ ރަޖިސްޓްރީއެއް ސަރުކާރުންވަނީ ހައްދަވައި ދެއްވާފައިވެއެވެ. އެ ރަޖިސްޓްރީގެ ކޮޕީއެއްވެސް މި ޕްރޮޖެކްޓާއެކު ހިމަނާފައިވާނެއެވެ.
1. ރ.މާކުރަތުގައި ރަށްވެހިގެޔެއް ނެތުމުން އެކަމުގެ ސަބަބުން ރައްޔިތުންނަށް ލިބޭ އުނދަގޫ ފިލުވުން.
ޕްރޮޖެޖްޓް ހިންގުމުގެ މަޤްޞަދު
2. ރ.މާކުރަތަށް ޒިޔާރަތްކުރައްވާ ސަރުކާރުގެ އިއްޒަތްތެރިންނާއި ވަފުދުތަކުގެ ބޭފުޅުންނާއި އެ ނޫންވެސް އިއްޒަތްތެރިންނަށް ރަނގަޅު މެހެމާނުދާރީއެއް އަދާކުރުން.
3. ރަށުގެ ރައްޔިތުންނަށް އާމްދަނީ ލިބޭނެ ފަދަގޮތަކަށް ކުލީ ކޮޓަރި ދޫކުރުން.
4. ރަށުގެ ރައްޔިތުންގެ އެކިއެކި ބޭނުންތަކުގައި ބާއްވާ ބައްދަލުވުންތަކައި އިޖުތިމާޢީ އެކިއެކި އެއްވުންތައް އިންތިޒާމު ކުރުމުގައި އެހީތެރިވުން. ޕްރޮޖެކްޓް ހިންގުމަށް ރަށު އޮފީހާއި މާކުރަތު ރ.ކ. ކޮމިޓީއާއި ރައްޔިތުން ހިލޭސާބަހަށް ބޭނުންކުރާނެ މައިގަނޑު މަސައްކަތްކޮށް ނިންމުން. އުސޫލު ޕްރޮޖެކްޓް ބަޖެޓް ހޯދާނެ ރ.ކ. ކޮމިޓީއާއި ރައްޔިތުންނާއި ހެޔޮއެދޭ ފަރާތްތަކުން މިކަމަށް ގޮތް ހޯދާފައިވާ ފައިސާއާއި، ސަރުކާރުންނާއި ރ.އަތޮޅު ކޮމިޓީން ހޯދާ ފައިސާ.
19މީގެ އިތުރުން، މި މައްސަލައިގައި ހުށަހެޅިފައިވާ ޔައުމިއްޔާތަކަށް ބަލާއިރު، ރ.މާކުރަތުގައި ފެށުމަށް ހަމަޖެހިފައިވާ މި ޕްރޮޖެކްޓާ ގުޅޭ މަޝްވަރާތަކާއި މި މަސައްކަތް ހިންގަމުންދާ ގޮތް ރ.ކ ކޮމެޓީން ބަލަމުންދިޔަކަން، އެ ކޮމެޓީގެ ޔައުމިއްޔާތަކުން އެނގެން އޮވެއެވެ. އެގޮތުން، ގެސްޓްހައުސްގެ ބިންގާ ރ.ކ. ކޮމެޓީގެ 15 މާރިޗު 2002 ގެ ޔައުމިއްޔާގައިވާ އިބާރާތަށް ބަލާއިރު އެ ޔައުމިއްޔާގައިވަނީ: "މާކުރަތު ރައްޔިތުންގެ ރަށްވެހިގޭ ޢިމާރާތް މަސައްކަތް މިހާރު ގޮސްފައިވާ ހިސާބު ކޮމެޓީއަށް ސާފުކޮށްދެއްވުމުގެ މައްސަލައެވެ. މި މައްސަލައިގައި ރިޔާސަތުން ބުނުއްވީ މިހާރު ރައްޔިތުންގެ ގެސްޓްހައުސްގެ މަސައްކަތް ވަރަށް ބާރަށް މިވަގުތު ކުރިއަށް ދާކަމަށެވެ." މިފަދައިންނެވެ. ރ.ކ ކޮމެޓީގެ 04 ފެބްރުވަރީ 2002 ގެ ޔައުމިއްޔާގައިވަނީ: "[...] މިރޭގެ ޖަލްސާގައި މެމްބަރުން ނިންމާފައިވަނީ ފެށޭ 2002 މާރިޗު 6 ވަނަ ދުވަހުގެ ދުލްޙިއްޖާ މަހުގެ 22 ވަނަ ދުވަލު: ރައްޔިތުންގެ ގެސްޓްހައުސް ބިންގާ އެޅުމަށް ފެންނަ ކަމަށާ އެ ދުވަހަށް ކަތީބު ޖައުފަރު ދާއޫދު އަށާއި އަކާސިޔާ އިބްރާހީމް ނަޞީރު އަށް ރަޙަށް " އެއްމަށް " ފުވަވަތާ ދިނުމާއެކު ކޮމެޓީގެ ސެކްރެޓަރީއާއި ތަފްސީލް ލިއެ ބެލެހެއްޓުން ކޮމެޓީގެ ނާއިބު ރައީސް ޢަދުނާން ޙުސައިންގެ ބެލުމުގެ ދަށުން ގެންދިއުމާއި، ފައިސާ އެޅުމާ ގުޅޭ އެންމެ ފަހުގެ ތައްޔާރީތަކާ ގުޅޭ ގޮތުން ރ.ކ ކޮމެޓީގެ މެންބަރުން މަޝްވަރާކޮށްފައިވާއިރު، 14 ޖޫން 2001 ގެ ރ.ކ ކޮމެޓީގެ މެންބަރުން ފާސްކޮށްފައިވާ ރ.މާކުރަތު މިރުސްމާގެ ގޯތި ރަށު އޮފީހަށް ހޯދުމުގެ މަސައްކަތަށް ބިމުގެ ރަޖިސްޓްރީ ރަށު އޮފީހުގެ ނަމުގައި ހެދުމަށް މެންބަރުން ނިންމާފައިވާ ކަމުގައި ބަޔާންކޮށްފައިވެއެވެ.
20ރ. މާކުރަތުގައި ގެސްޓް ހައުސްގެ ޢިމާރާތް އެޅުމުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ފެށިފައިވަނީ 06 މާރިޗު 2002 ގައެވެ. އެ މަސައްކަތުގައި ޢަމަލީ ގޮތުން އިސްވެ ހަރަކާތްތެރިވެފައިވަނީ ރ. މާކުރަތުގެ އިރުމަތީ ފަރާތުގައި ދިރިއުޅޭ ރައްޔިތުންނަށް ނިސްބަތްވާ ފަރާތްތަކެއްކަން މި މައްސަލައިގައި ހުށަހެޅިފައިވާ ރ.ކ ކޮމެޓީގެ ޔައުމިއްޔާތަކުންނާއި މި މައްސަލައިގައި ހެކިބަސްދީފައިވާ ހޯދުމާއި، އެކި ފަރާތްތަކަށް އެހީގެ ސިޓީއާއި އެހެނިހެން ލިޔުން ފޮނުވުމަށް ކަތީބު ޖައުފަރު ދާއޫދު އާއި ހަވާލުކުރުމާއި އެ މަސައްކަތުގައި ކުޑަކަތީބުގެ އެހީތެރިކަންދީ ޢިމާރާތުގެ މަސައްކަތް ފެށޭ ދުވަހުން ފެށިގެން ހުއްޓުމެއްނެތި މަސައްކަތް ކުރިއަށް ގެންދިއުމަށް ރ.ކ.ކޮމެޓީގެ ތެރެއިން އިސްވެ ތިބޭން ވަކި ބަޔަކު ހަމަޖެއްސުމާއި[...] ޕްރޮޖެކްޓަށް އެހީ ހޯދުމަށް އެދި ރ. މާކުރަތު އޮފީހުން، މާޅޮސްމަޑުލު އުތުރުބުރީ އަތޮޅު އޮފީހަށް، 12 ޖަނަވަރީ 2003 ގައި ފޮނުވާފައިވާ ސިޓީގައިވަނީ "ރ.ކ ކޮމެޓީގެ ބެލުމުގެ ދަށުން ރައްޔިތުން ހަދަންފަށާފައިވާ ގެސްޓްހައުސް ޢިމާރާތަކަށް ސަރުކާރުން އެހީފުޅެއް ލިބޭތޯ އެ މަސައްކަތާ ބެހޭގޮތުން ތައްޔާރުކޮށްފައިވާ ޕްރޮޖެކްޓެކެވެ. މި ޕްރޮޖެކްޓުކެވެ. މި ޕްރޮޖެކްޓުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އެ އަވަށު ރައްޔިތުން މި މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ މި އޮފީހާއި މި ރަށުގެ ރ.ކ ކޮމެޓީގެ ސީދާ ބެލުމުގެ ދަށުންނެވެ. މި ގެސްޓްހައުސް ޢިމާރާތަކީ މިވަގުތަށް މި ރަށަށް ވަރަށް ބޭނުންތެރި ޢިމާރާތެކެވެ. ސަބަބަކީ މި ރަށުގައި ސަރުކާރުގެ އިއްޒަތްތެރިންނާއި ވަފްދުތަކުގެ ބޭފުޅުންނަށް ރަނގަޅު މެހެމާންދާރީއެއް އަދާކުރެވޭފަދަ ޢިމާރާތެއް ނެތިފައި، މި ޢިމާރާތުގެ ސަބަބުން އެކަމަށް ވަރަށް ބޮޑު ހެޔޮ ބަދަލެއް އަންނާނެތީއެވެ. އަދި މި މައްސައްކަތަކީ، ރައްޔިތުންގެ ވަރަށް ބޮޑު ހިއްސާއެއް މިކަމުގައި ވެގެން އެ މީހުން ކުރުމަށް ކަނޑައަޅާފައިވާ ވަރަށް މުހިއްމު މަސައްކަތެއް ކަމުގައި ދަންނަވަމެވެ." މިފަދައިންނެވެ. (މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 21/E9C/2018 ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ ސޮފްޓް ކޮޕީގެ ސަފްހާ 291) ޕްރޮޖެކްޓަށް އެހީ ހޯދުމަށް އެދި ރ. މާކުރަތު އޮފީހުން 26 އެޕްރީލް 2006 ގައި ނަލަހިޔާ ޓްރޭޑިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް ފޮނުވާފައިވާ ސިޓީގައިވަނީ، "ރ.ކ.ކޮމެޓީގެ ބެލުމުގެ ދަށުން ރައްޔިތުން ޢިމާރާތްކުރަން ފަށާފައިވާ ގެސްޓްހައުސްގެ މަސައްކަތް ނުނިމި ލަސްވާތީ، އެ މަސައްކަތް ވީހާއަވަހަކަށް ނިންމާލުމަށްޓަކައި މަނިކުފާނުގެ ކުންފުނީގެ ފަރާތުން ދީލަތި ގޮތެއްގައި އެހީފުޅެއްދެއްވާތޯ މި ރަށު ރައްޔިތުން އެދިވަޑައިގަންނަވައެވެ. އެ ޢިމާރަތަކީ 2002 ވަނަ އަހަރު މި ރަށު ރައްޔިތުން ޢިމާރާތްކުރަން ފަށާފައިވާ ތަނެކެވެ. މި މަސައްކަތް އެ މީހުން ކުރަނީ ހިލޭ ސާބަހަށެވެ." މިފަދައިންނެވެ. (މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު އޮފީސްގެ ނަންބަރު B9-A/MIS/2006/17 " މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 21/E9C/2018 ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ ސޮފްޓް ކޮޕީގެ ސަފްހާ 309) ހެކިންގެ ބަހުން އެނގެއެވެ. މި ޢިމާރާތް ރާނައި ނިންމުމަށްފަހު ހިޔާކުރުމުގެ މަސައްކަތް ފެށީ 12 މާރިޗު 2006 ގައެވެ. ޢިމާރާތް ބޭނުން ކުރަން ފަށާފައިވަނީ 01 ޖޫން 2011 ގައެވެ.
(ނ) ބިމަށް ހަދައިދީފައިވާ ރަޖިސްޓްރީތައް
21މާޅޮސްމަޑުލު އުތުރުބުރީ މާކުރަތުގައި ސަރުކާރުގެ ވަފުދުތަކާއި، ޓީމުތަކާއި، މެހެމާނުން ތިއްބެވުމަށް ހަދާފައިވާ 4514 (ހަތަރުހާސް ފަސްސަތޭކަ ސާދަ) އަކަފޫޓް ޢިމާރާތް ރ.މާކުރަތު އޮފީސް / މާކުރަތު އިރުމަތީ އަވަށު ރައްޔިތުންގެ ނަމުގައި ރަޖިސްޓްރީކޮށް ދިނުމަށް އެދި ރ. އަތޮޅު އޮފީހުގެ ނަންބަރު E-D/84/2002/35 (08 މެއި 2002) ސިޓީން އެދުމާ ގުޅިގެން، ރ. މާކުރަތު ޖަވާހިރުމާގެ އުތުރުން ހީނާމާގެ ހުޅަނގުން އޮތް އުތުރުން 91 ފޫޓު، ދެކުނުން 76.6 ފޫޓު، އިރުން 70 ފޫޓު، ހުޅަނގުން 40.7 ފޫޓުގެ ބިން ރ.މާކުރަތު އޮފީސް / މާކުރަތު އިރުމަތީ އަވަށު ރައްޔިތުންގެ ނަމުގައި ރަޖިސްޓްރީކޮށް މިނިސްޓްރީ އޮފް އެޓޯލްސް އެޑްމިނިސްޓްރޭޝަނުން، ބިމުގެ ފުރަތަމަ ރަޖިސްޓްރީ ހަދާފައިވެއެވެ.
22އެއަށްފަހު، އެ (ފުރަތަމަ) ރަޖިސްޓްރީގައި ބަޔާންކޮށްފައިވާ ބިމުގެ މިންތަކާއި ޗާޓު އިސްލާޙު ކޮށް، ޤާނޫނުއަސާސީގެ 235 ވަނަ މާއްދާއާއި 247 ވަނަ މާއްދާގެ (ހ) އަދި (ށ) އާއި، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ 139 ވަނަ މާއްދާއާއި، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއިން އެކުލަވާލާފައިވާ "އަތޮޅުތައް ހިންގުމުގެ ބޭނުމަށް ޤާއިމުކޮށްފައިވާ ޢިމާރާތްތަކާއި މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 21/E9C/2018 ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ 3 ވަނަ ނުކުތާ (ސަފްހާ 25 ގެ 15) މީގެ އިތުރުން އަވަށުގެ ފަރާތުން ޢަބްދުއްﷲ ޖާބިރު، […]، ރ. މާކުރަތު، އަވަށު ރައްޔިތުންނަށް ފޮނުވާފައިވާ ދަންނަވާލުމެއްގައިވަނީ، "ރ.މާކުރަތުގައި އެކި ކަންކަމަށް ވަޑައިގަންނަވާ ބޭފުޅުންނަށް މެހެމާންދާރީ އަދާކުރުމަށްޓަކައި ބިމެއް ލިބުމާ ގުޅިގެން އެ ޢިމާރާތުގައި ކުރެހުންތައް ވަނީ ތައްޔާރުކޮށް ނިމިފައެވެ. މި ޢިމާރާތުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ މި ރަށުގެ ކަންކަމަށް އެހީވާ ފަރާތްތަކަށް ހުށަހަޅައިގެން ތަކެތި ލިބުމުން އަވަށު ރައްޔިތުން މަސައްކަތް ކުރާ ގޮތަށެވެ. ވީމާ މި މަސައްކަތުގައި ބައިވެރިވެލައްވަން ބޭނުންފުޅުވާ ފަރާތްތަކުން އެ ބޭފުޅެއްގެ ނަމާ ދިމާލުގައި ސޮއިކުރެއްވުމަށް ދަންނަވަމެވެވެ." މި ފަދައިންނެވެ. (21 ފެބުރުވަރީ 2002 "ދަންނަވާލުމެއް" މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 21/E9C/2018 ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ ސޮފްޓް ކޮޕީގެ ސަފްހާ 173) ރ.ކ ކޮމެޓީގެ 12 ފެބްރުވަރީ 2013 ވަނަ ދުވަހުގެ ޔައުމިއްޔާ (މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 21/E9C/2018 ޤަޝިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ ސޮފްޓް ކޮޕީގެ ސަފްހާގެ 161) މި ސިޓީއަކީ މި މައްސަލައާ ގުޅިގެން ނަރަރީޢަތަށް ހުށަހެޅިފައިވާ ލިޔެކިޔުންތަކުގައި ހިމެނޭ ސިޓީއެއް ނޫނެވެ. އެހެންނަމަވެސް، މިނިސްޓްރީ އޮފް އެޓޯލްސް އެޑްމިނިސްޓްރޭޝަންގެ ނަންބަރު 2002/E-9/28 ބިމުގެ ރަޖިސްޓްރީގެ އިތުރު ބަޔާނުގައި މި ސިޓީއަށް ހަވާލާދީ، މި ރަޖިސްޓްރީ އަކީ އަތޮޅު އޮޕީރޫގެ އެދާފެޅޭ މަތިން ހަދާދީފައިވާ ރަޖިސްޓްރީ އެއް ކަމުގައި ބަޔާންކޮށްފައިވެއެވެ. ވަޞީލަތްތައް ބޭނުންކުރުމުގެ އުސޫލު ގެ 6 ވަނަ ނަންބަރުގެ (ށ) އަށް ޙަވާލާދީ، އަދި މިނިސްޓްރީ އޮފް އެޓޯލްސް އެޑްމިނިސްޓްރޭޝަނުން އެ ބިމަށް ހަދާދީފައި އޮތް ފުރަތަމަ ރަޖިސްޓަރީ ބާޠިލުކޮށް، މާޅޮސްމަޑުލު އުތުރުބުތީ މާކުރަތު ކައުންސިލްގެ އިދާރާއިން 20 އޯގަސްޓް 2017 ވަނަ ދުވަހު އެ ބިމަށް ދެވަނަ ރަޖިސްޓަރީ ހަދާފައިވެއެވެ. އިސްތިއުނާފީ ފުރަތަމަ ނުކުތާ އަދި ދެވަނަ ނުކުތާ
23އިސްތިއުނާފީ ފުރަތަމަ އަދި ދެވަނަ ނުކުތާއަށް ބަލާއިރު، އިސްތިއުނާފު ކުރާ ފަރާތްތަކުން މައިގަނޑު ގޮތެއްގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ ހައިކޯޓުން ޤާނޫނުއަސާސީގެ 40 ވަނަ މާއްދާގެ (ށ) މާނަކޮށްފައިވަނީ ރަނގަޅަށް ނޫންކަމުގައާއި، ފުރަތަމަ ރަޖިސްޓަރީގެ ދަށުން ބިން ހަވާލުކޮށްފައިވަނީ މާކުރަތު އޮފީހާކަމަށެވެ. އަދި ބިމުގައި ހަދާފައިވާ ޢިމާރާތަކީ ވަކި ފަރުދުންތަކެއް ނުވަތަ ޖަމާޢަތެއްގެ މަސައްކަތުން ޢިމާރާތްކޮށްފައިވާ ތަނެއް ނޫންކަމުގައާއި، އެ ޢިމާރާތަކީ އެއިރު ރައްޔިތުން މަސައްކަތްކޮށް އުޅުނު އުސޫލުގެ ދަށުން، ރަށު އޮފީހުން އިސްނަގައިގެން ރައްޔިތުން ކުރި މަސައްކަތެއް ކަމުގައެވެ. އަދި އިރުމަތީ އަވަށުގެ ރައްޔިތުންނަކީ ކޮބައިކަން އެއްވެސް ރަސްމީ އިދާރާއަކުން އެނގެން ނެތީސް، 2017 ވަނަ އަހަރު ވުޖޫދުވި މާކުރަތު ކޯޕަރޭޓިވް ސޮސައިޓީގެ ފަރާތުން ތައްޔާރުކޮށްފައިވާ ލިސްޓެއްގައި ހިމެނޭ ފަރާތްތަކަކީ އެ ރަށު އިރުމަތީ އަވަށަށް ނިސްބަތްވާ މީހުންކަމަށް ބެލިދާނެ އެއްވެސް ޤާނޫނީ ބިނާއެއް ނެތްނަމަވެސް، ހުސޫމާތް އުފެދިފައިވާ ބިމުގެ މިލްކުވެރިކަން ހައިކޯޓުން މާކުރަތު ކޯޕަރޭޓިވް ސޮސައިޓީއަށް ލިބިދީފައިވަނީ ޤާނޫނުއަސާސީގެ 40 ވަނަ މާއްދާގެ (ށ) ގެ ނުބައި ދޭހައެއް ނެރެގެން، ރ. މާކުރަތުގެ ގިނަ ރައްޔިތުންގެ ޙައްޤު ގެއްލިގެންދާ ފަދައިން ކަމަށެވެ. މީގެ އިތުރުން، ހައިކޯޓުގެ ކަނޑައެޅުމަކީ ޤާނޫނުއަސާސީގައި އިދާރީ ދާއިރާތައް ކަނޑައަޅާފައިވާ ގޮތާއި، އެ ދާއިރާތައް ހިންގުމަށް ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން 25 އެ ރަޖިސްޓްރީގައި ހަވާލާދީފައިވާ ގޮތުން، މި އުސޫލަކީ ދިވެހި ސަރުކާރުގެ ގެޒެޓު ވ. ނަންބަރު 44 އަދަދު 274 ގައި 17 ސެޕްޓެންބަރު 2015 ގައި ޝާއިޢުކޮށްފައިވާ އުސޫލެކެވެ. 27 މި ދެވަނަ ރަޖިސްޓަރީގައި ބަޔާންކޮށްފައިވާ ގޮތުން، ބިމުގެ ވަގުތީ ރަޖިސްޓަރީ ހަދާދީފައިވަނީ 21 މެއި 2002 ގައެވެ. އަދި ބިމުގެ ދާއިމީ ރަޖިސްޓަރީ ހަދާދީފައިވަނީ 09 ޖުލައި 2017 ގައެވެ. މީގެ އިތުރުން، ދެވަނަ ރަޖިސްޓަރީގެ އިތުރުބައިގައި ބަޔާންކޮށްފައިވާ ގޮތުން، މިއީ ވަގުތީގޮތުން ހަދާފައިވާ ފުރަތަމަ ރަޖިސްޓަރީ ބާތިލުކޮށް ހަދާދެވުނު ރަޖިސްޓަރީއެވެ. 21 މެއި 2002 އަކީ ފުރަތަމަ ރަޖިސްޓަރީ ހަދާފައިވާކަމަށް ފެންނަން އޮތް ތާރީޚު ކަމުގައިވާހިނދު، އެ (ފުރަތަމަ) ރަޖިސްޓަރީގައި އެ ރަޖިސްޓަރީއަސާ ވަގުތީ ރަޖިސްޓަރީއެއް ކަމުގައި ބަޔާންކޮށްފައި ނުވާކަން ފާހަގަވެއެވެ. ހިންގުމުގެ ޤާނޫނުން ހަމަޖައްސާފައިވާ ނިޒާމާއި ކަނޑައެޅިގެން ޚިލާފަށްކަމަށްވެސް އިސްތިއުނާފު ކުރާ ފަރާތްތަކުން ބަޔާންކުރެއެވެ. އެ ފަރާތްތަކުން ބުނާގޮތުގައި، ފުރަތަމަ ރަޖިސްޓަރީ ހަދައިދިންއިރު، ރ. މާކުރަތުގައި އިރުމަތީ އަވަށެއް އޮތްނަމަވެސް، އެ އަވަށަށް ނިސްބަތްވާ ބަޔަކީ ކޮބައިކަން އެނގޭނެ ގޮތެއް ނެތްކަމަށާއި، ޤާނޫނުއަސާސީއިން ހިންގުމުގެ ނިޒާމަށް ގެނެވުނު ބަދަލާއެކު އަވަށްތަކުގެ ބަދަލުގައި އިދާރީ ދާއިރާތަކެއް އުފެދުނުކަމުގައާއި، ރ. މާކުރަތު ހިމެނޭ އިދާރީ ދާއިރާ ހިންގުން މަތިކޮށްފައިވަނީ ރ. މާކުރަތު ކައުންސިލްއަށް ކަމުގައެވެ.
24މި ނުކުތާތަކަށް ރައްދުދިނުމުގެ ގޮތުން މާކުރަތު ކޯޕަރޭޓިކް ސޮސައިޓީގެ ފަރާތުން ބުނެފައިވަނީ، މި މައްސަލައިގައި ހިމެނޭ ބިމަކީ މާކުރަތު އިރުމަތީ އަވަށު ރައްޔިތުންނާ ހަވާލުކޮށް އެ ރައްޔިތުންނަށް ރަޖިސްޓްރީކޮށްފައިވާ ބިމެއްކަން އެ ބިން ރަޖިސްޓްރީކޮށްދިނުމަށް ރ.އަތޮޅު އޮފީހުން މިނިސްޓްރީ އޮފް އެޓޯލްސް އެޑްމިނިސްޓްރޭޝަނަށް ފޮނުވާފައިވާ ސިޓީންނާއި، އެ މިނިސްޓްރީން ހަދާފައިވާ ރަޖިސްޓްރީން ސާފުކޮށް އެނގޭއިރު، މި ބިމުގައި ކޮށްފައިވާ ޢިމާރާތަކީ މާކުރަތު އިރުމަތީ އަވަށު ރައްޔިތުންގެ ބުރަ މަސައްކަތާއެކު އެ މީހުންނަށް އެހީތެރިވެދޭ ފަރާތްތަކުގެ އެހީތެރިކަމާއެކު ބިނާކޮށް ތަރައްޤީކޮށްފައިވާ ތަނެއް ކަމުން، އެ މުދާ ދައުލަތުގެ މުދަލަކަށް ބަދަލުވާންޖެހޭ ޤާނޫނީ ހަމައެއް އިސްތިއުނާފު ކުރާ ފަރާތްތަކަށް ބުނެދެވިފައިވާ ނުވާ ކަމަށެވެ. އަދި ހައިކޯޓުން ޤާނޫނުއަސާސީގެ 40 ވަނަ މާއްދާގެ (ށ) މާނަކޮށްފައިވާ ގޮތް އެ ކޯޓުގެ ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓުގެ 10.3.1 އިން 10.3.4 އަށް ބަޔާންކޮށްފައިވާ ކަމަށާއި، މީސްމީހުންގެ މުދާ އެ މީހުންގެ ނުރުހުމުގައި ދައުލަތަށް ނެގޭނީ 3 (ތިނެއް) ޝަރުޠެއް ފުރިހަމަވެގެން ކަމުގައިވާއިރު، މި މައްސަލައިގައި އެ ބިމަށް ހަދައިދީފައިވާ ރަޖިސްޓްރީ ބާޠިލްކޮށް، މާކުރަތު ކައުންސިލްގެ އިދާރާގެ ނަން މައްޗަށް ބިމުގެ ރަޖިސްޓަރީ ބަދަލުކޮށްފައިވަނީ ޤާނޫނުއަސާސީގެ 40 ވަނަ މާއްދާގެ (ށ) ތަޖާޚުލް ކުރުމަށްފަހުގައި ކަމަށް ހައިކޯޓުން ކަނޑައަޅައިފައިވަނީ ރަނގަޅަށް ކަމަށެވެ.
25މީގެ އިތުރުން، ދަށުކޯޓުގެ ޤަޟިއްޔާގެ ރިޕޯޓުގެ 3 ވަނަ ނަންބަރުގައި 1980 ގެ އަހަރުތަކުން ފެށިގެން ދިވެހިރާއްޖޭގެ އަތޮޅުތެރޭގެ ރަށްތަކުގައި ތަރައްޤީގެ ޕްރޮގްރާމްތަކާއި ޕްރޮޖެކްޓްތައް ފެށިގެން ދުވަސްވަރު، ރ. މާކުރަތުގައިވެސް ތަރައްޤީގެ ޕްރޮގްރާމްތައް ޕްރޮޖެކްޓްތައް ބަޔާންކޮށްފައިވާ ކަމާއި، އެގޮތުން ޚުޞޫމާތް އުފެދިފައިވާ ބިމުގައިވާ ޢިމާރާތުގެ މަސައްކަތަކީ ވެސް ރ.މާކުރަތުގެ ރައްޔިތުންގެ ތެރެއިން އިރުމަތީ ފަރާތުގައި ދިރިއުޅޭ ބައެއްގެ އިސްނެގުމާއެކު ފެށިގެންދިޔަ ތަރައްޤީގެ ޕްރޮޖެކްޓެއްކަން ހެކިބަސް ދިން ހެކިންގެ ބަހުންނާއި، ހުށަހެޅުނު ރ.ކ ކޮމެޓީގެ ޔައުމިއްޔާތަކުން އެނގޭ ކަމަށާއި، މިނިސްޓްރީ އޮފް އެޓޯލްސް އެޑްމިނިސްޓްރޭޝަނުން ހަދައިދީފައިވާ ރަޖިސްޓްރީގެ ދަށުން ހަވާލުކޮށްފައިވާ ޢިމާރާތް ހުރީ ރ.މާކުރަތު އިރުމަތީ އަވަށުގެ ރައްޔިތުންގެ ބެލުމުގެ ދަށުގައި ކަމާމެދު ދެބަސްވެވެން ނެތް ކަމުގައި ހައިކޯޓުގައި މި މައްސަލަ ނިންމި ގޮތުގެ ރިޕޯޓުގެ 10.3.9 އިން 10.3.10 އަށް ބަޔާންކޮށްފައިވާ ކަމަށްވެސް މާކުރަތު ކޯޕަރޭޓިވް ސޮސައިޓީގެ ފަރާތުން ފާހަގަކުރެއެވެ. އަދި މިކަންކަމުން އެނގި ހާމަވަނީ މާކުރަތުގައި އިރުމަތީ އަވަށެއް އޮތްކަން ކަމަށާއި، ރަށްރަށުގައި އުޅޭ ރައްޔިތުން އުޅޭ ސަރަހައްދުތަކާއި އެ ތަންތަނަށް ނިސްބަތްވަނީ ކޮން ބައެއްކަން އެ ރަށުގައި ދިރިއުޅޭ މީހުންނަށް ދެނެގަނެވޭނެ ކަމަށާއި، މާކުރަތު އިރުމަތީ އަވަށު ރައްޔިތުންގެ ހިއްސާވާ ގެސްޓްހައުސްއަކީ އެ ރައްޔިތުން ހިންގާ ވިޔަފާރީގެ ހަރަކާތެއް ކަމަށާއި، މިފަދަ ވިޔަފާރީގެ ހަރަކާތްތައް ހިންގުން މުޖުތަމަޢުގައި ހިމެނޭ ވަކިބަޔަކަށް އަދި ޖަމާޢަތަކަށް އެއްވެސް ޤާނޫނަކުން މަނާކޮށްފައި ނުވާ ކަމަށް މާކުރަތު ކޯޕަރޭޓިވް ސޮސައިޓީގެ ފަރާތުން ބުނެއެވެ.
26މި ނުކުތާއާ ގުޅިގެން ގޮތެއް ކަނޑައެޅުމުގެ ކުރިން، އެންމެ ފުރަތަމަ ހައިކޯޓުން މި ނުކުތާގައި ކަނޑައަޅާފައިވާ ކަންކަމުގެ މައްޗަށް ބަލާލާނަމެވެ.
27ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމުމުގައި ޤާނޫނުއަސާސީގައި 40 ވަނަ މާއްދާގެ (ށ) އާ ޙަވާލާދީ ފާހަގަކޮށްފައިވާ ކަންކަމަށް ބަލާއިރު:
27.1. ދިވެހިރާއްޖޭގައި ބިމުގެ މިލްކުވެރިކަން ސާބިތުކުރުމަށް އޮތް އެއް މުސްތަނަދަކީ ކަމާބެހޭ އިދާރާއަކުން އެ ބިމަށް ހަދައިދީފައިވާ ރަޖިސްޓްރީ ކަމުގައާއި؛
27.2. މި މައްސަލައިގައި ހިމެނޭ ބިމާ ގުޅޭގޮތުން މިނިސްޓްރީ އޮފް އެޓޯލްސް އެޑްމިނިސްޓްރޭޝަންއިން ހަދާފައިވާ ރަޖިސްޓްރީގައި ބިން ހަވާލުކުރެވިފައިވާ ފަރާތެއްގެ ގޮތުގައި "މާކުރަތު އިރުމަތީ އަވަށު ރައްޔިތުން" ގެ ނަން ބަޔާންކޮށްފައިވާތީ، އެ ބިމަކީ އެއްމެދު ބިމެއް ކަމަށާއި، އެ "ބިމުގެ އެއްވާ ހަވާލުވެރިއަކީ ނުވަތަ މިލްކުވެރިއަކީ އަމިއްލަ ފަރާތެއް ކަމަށްވާ މާކުރަތު އިރުމަތީ އަވަށު ރައްޔިތުން ކަމުގައިވާތީ، އެ ބިމަކީ މާކުރަތު އިރުމަތީ އަވަށު ރައްޔިތުންގެ ބިމެއް ކަމުގައި ބަލަންޖެހޭ ކަމަށާއި؛
27.3. އެހެންކަމުން، އެ ބިމަކީ ޤާނޫނުއަސާސީގެ 40 ވަނަ މާއްދާގެ (ށ) ގައިވާ ފަދައިން "މީސްމީހުންގެ މުދަލު" ގެ ތެރެއަށް ފެތޭ އަދި އެ އަކުރުގެ ދަށުން ހިމާޔަތް ލިބިދޭންޖެހޭ ބިމެއް ކަމުގައި ހައިކޯޓުން ކަނޑައަޅާފައިވެއެވެ.
28މި މައްސަލަ ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރުމުގެ މައިގަނޑު ބިނާއަކީ ހައިކޯޓުގެ ނިންމުން ޤާނޫނުއަސާސީގެ 40 ވަނަ މާއްދާއާ ޚިލާފުކަމަށް ބުނާބުނުން ކަމުގައިވާތީ، ޤާނޫނުއަސާސީގެ ދެވަނަ ބާބުގައި މުދާ ހޯދުމާއި މުދާ ގެންގުޅުމުގެ ޙައްޤު ބަޔާންކޮށްފައިވާ އެ މާއްދާ ތިރީގައި ނަކަލުކުރަމެވެ.
40(ހ) މުދާ ހޯދުމާއި، މިލްކުކުރުމާއި، ވާރުތަކުރުމާއި، ދިނުމާއި، މުދަލުން މުޢާމަލާތުކުރުމުގެ ޙައްޤު ކޮންމެ ރައްޔިތަކަށްމެ ލިބިގެންވެއެވެ.
(ށ) މީސްމީހުންގެ މުދަލަކީ ނިގުޅައިގަނެގެންވާނޭ ތަކެއްޗެއް ނޫނެވެ. ފަހެ، ޢާންމުވެގެންވާ މަންފާއަކަށްޓަކައި، ޤާނޫނުގައި ކަނޑައެޅި ބަޔާންކޮށްފައިވާ ގޮތެއްގެމަތީން، އަދި އެކަމަށްޓަކައި ކޯޓަކުން ކުރާ ޙުކުމަކުން މެނުވީ އެއްވެސް މީހެއްގެ މުދަލެއް އެމީހެއްގެ ރުހުންނެތި ދައުލަތަށް ނަގައިގެނެއް ނުވާނެއެވެ. އަދި މީހެއްގެ މުދަލެއް ދައުލަތަށް ނަގާންވާނީ ކޯޓުން ކަނޑައަޅާ ޢަދުލުވެރި ބަދަލެއް އެ މުދަލެއްގެ ވެރިފަރާތަށް ދިނުމަށްފަހުގައެވެ.
(ނ) ޤާނޫނާ ޚިލާފަށް ހޯދައިފައިވާ މުދަލާއި، ދުޝްމަނުންގެ މުދާ، ބަދަލު ދިނުމަކާ ނުލައި ދައުލަތަށް ނެގުމަށް ޙުކުމްކުރުމުގެ ބާރު ކޯޓުތަކަށް ލިބިދޭފަދަ ޤާނޫނެއް ހެދުމަކަށް މި މާއްދާގެ އެއްވެސް ބައެއް ހުރަހެއް ނާޅައެވެ.
(ރ) މީހަކު ކުރި ކުށެއްގެ ބަދަލުގައި އެ މީހެއްގެ މުދާ ދައުލަތަށް ހިފައިގެނެއް ނުވާނެއެވެ.
29މި މައްސަލައަށް ބަލާއިރު، ހުސޫމާތުގައި ހިމެނޭ ބިމާއި އެ ބިމުގައިވާ ޢިމާރާތް މިލްކުވެގެންވަނީ މާކުރަތު ކޯޕަރޭޓިވް ސޮސައިޓީއަށް ކަމަށް ހައިކޯޓުން ކަނޑައަޅާފައިވަނީ ޤާނޫނުއަސާސީގެ 40 ވަނަ އަށް ޙަވާލާދީ ކަމުގައިވާތީ، މައްސަލައަށް ގޮތް ކަނޑައެޅުމުގައި އަހުރެން ބަލާނީ ހައިކޯޓުގެ ނިންމުމަކީ އެ މާއްދާގެ އެ އަކުރުގައި ބަޔާންކުރާކުރުމާއި ޚިލާފު ނިންމުމެއްކަން ނުވަތަ ނޫންކަމުގެ މައްޗަށެވެ.
30HN1ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑް ވ.މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ 2024] SC 17] 28 ގައި ފާހަގަކޮށްފައިވާ ފަދައިން، ޤާނޫނުއަސާސީގެ 40 ވަނަ މާއްދާގެ (ރ) އިން ލިބިދީފައިވާ ރައްކާތެރިކަމަކީ، އަދި މުދަލެއް ނަގައިފިނަމަ ދައުލަތުން އޭގެ ބަދަލު ދޭންޖެހެނީ މީހެއްގެ މުދަލެއް އެ މީހެއްގެ ރުހުންނެތި ދައުލަތަށް ނަގާ ހާލަތުގައެވެ.
31HN2މި މައްސަލައިގައި، ރ. މާކުރަތު ކައުންސިލްގެ އިދާރާގެ ފަރާތުން "ނަގާފައިވާ" ކަމަށް ބުނާ މުދަލަކީ މި ޚުޞޫމާތުގައި ހިމެނޭ ބިމާއި އެ ބިމުގައި ހަދާފައިވާ ޢިމާރާތެވެ. އަދި އެ މުދަލަކީ ސުޕްރީމް ކޯޓުގެ ޙައްވާ މުޙައްމަދު ވ. ހައްދުންމަތީ ފޮނަދޫ ކައުންސިލު އަދި ޙުސައިން މުޙައްމަދު 2023] SC 10] 30 ޤަސިއްޔާގައި ފަނޑިޔާރު ޙުސްނުއްސުޢޫދު ހިމަނުއްވާފައިވާ މުދަލާބެހޭ ތަޢުރީފުގެ ތެރޭގައި ހިމެނޭ މުދަލެއް ކަމުގައިވާއިރު، މުދަލާއި މިލްކުވެރިކަމުގައި އެއްގޮތް ސިފަތަކެއް ހުރިނަމަވެސް، އެއީ ތަފާތު ދެ 28 ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2022/SC-A/31 ޤަސިއްޔާ. 29 އބމ, ޕެރެގްރާފް 39. 30 ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2022/SC-A/06 ޤަސިއްޔާ. 31 އބމ ގެ 30 އަދި 31 ވަނަ ޕްރެގްރާފް ގައި ފަނޑިޔާރު ހުސްނުއްސުޢޫދު ވިދާޅުވެފައިވަނީ "[...] މުދަލަކީ އެ އެއްޗެއް ލިބިގަނެ، ބޭނުންކޮށް، ބޭނުންވެއްޖެ ނަމަ އެހެން ފަރާތަކަށް ތަސައްރުފް ކުރެވިދާނެ، އަގެއް ހުރި ކޮންމެ އެއްޗެކެވެ. އެ އެއްޗަކީ ދުނިޔަވީ ގޮތުން އަގެއް ހުރެދާނެ އަދި ލިބިގަނެ، ބޭނުންކޮށް، ތަސައްރުފްކުރެވިދާނެ އެއްޗެއް ކަމަށް ވީނަމަވެސް، ބައެއް ތަކެއްޗަކީ އަޚްލާގީ، ދީނީ އަދި ގާނޫނީ ސަބަބުތަކަށްޓަކައި، މުދަލެއް ކަމަށް ނުބެލެވެއެވެ. މައިގަނޑު ދެ ބަޔަކަށް މުދާ ބެހިގެންވާކަމަށް ދިވެހިރާއްޖޭގެ މުދަލާބެހޭ ގާނޫނު ގަބޫލުކުރެއެވެ. އެއީ މާއްދީ މުދަލާއި ޢައިރު މާއްދީ މުދަލެވެ. އޭގެ ތެރެއިން މާއްދީ މުދައު ދެ ބަޔަކަށް ބެހިގެންވެއެވެ. އެއީ އުފުލޭ މުދަލާއި ނުއުފުލޭ މުދަލެވެ. ނުއުފުލޭ މުދަލުގެ ތެރޭގައި ހިމެނެނީ ބިމާއި ބިމުން ލިބޭ މަންފާތަކާއި، ދާއިމަށް ބިމާ ގުޅިފައިވާ ނުވަތަ ހަރުކޮށްފައިވާ ތަންތަނާއި ތަކެއްޗެވެ. އުފުލޭ މުދަލަކީ ހިފައި ގެންގުޅޭ އަދި އެއްތަނުން އަނެއް ތަނަށް ގެންދެވޭ ތަކެއްޗެވެ. މުދަލުގެ ބާވަތްތައް މި ބައިތަކަށް ވަކިކޮށް އެކަށައަޅަންޖެހޭ ސަބަބަކީ އެކިއެކި ބާވަތްތަކުގެ މުދަލާ ގުޅިފައި ހުންނަ ހައްގުތަކުގެ ތަބީއަތު ތަފާތުވުމާއެކު އެ މުދަލާމެދު ގާނޫނީ ގޮތުން އަމަލުކުރެވޭ ގޮތްތަކުގައި ފަރަގުތަކެއް ހުންނާތީއެވެ. [...] ކޮންމެ ގޮތަކަށް މުދާ އެކި ބައިތަކަށް ބެހި ނަމަވެސް، މުދަލެއްގެ ގޮތުގައި އެއްޗެއް ގިންތިކުރެވޭނީ މުދަލެއްގައި ހުންނަންޖެހޭ ވަކި އަސާސީ ސިފަތަކެއް އެ އެއްޗެއްގައި ހުރުމުންނެވެ. އެގޮތުން، އެ އެއްޗަކީ ފައިސާއިން އަގުކުރެވޭ އެއްޗަކަށް ވުމުގެ އިތުރުން، ބޭނުންވެއްޖެ ހާލަތެއްގައި އެއެއްޗެއްގެ މިލްކުވެރިކަން އެކަކުގެ ކިބައިން އަނެކަކަށް ނަގުލުކުރެވިދާނެ އެއްޗަކަށް ވާންޖެހޭނެއެވެ. މާއްދީ މުދަލަކަށް ވިޔަސް އަދި ޢައިރު މާއްދީ މުދަލަކަށް ވިޔަސް އެ އެއްޗެއްގެ މިލްކުވެރިކަން އެކަކުގެ ކިބައިން އަނެކަކަށް ނަގުލުކުރެވޭނީ، ނަގުލުކުރެވޭ އެއްޗަކީ ކޮބައިކަން ނުވަތަ އެއްޗެއްގެ މިންވަރު ނުވަތަ އެއެއްޗެއްގެ ހިއްސާ ކަނޑައެޅިގެން އެނގޭނެ ގޮތަކަށް ހުރެމެ، އެއެއްޗެއް ވަކިކޮށް އެހެން މީހަކަށް ނަގުލުކުރެވޭނެ ތަބީއަތު[ރާއްޗެއްވާވީ] ހުރިނަމައެވެ. ޓެކްނޮލޮޖީގެ ގޮތުން ކުރިއަރައި ތަރައްގީވުމުގެ ތެރެއިން އަލަށް އުފެދޭ އައު ބާވަތްތަކުގެ މުދަލުގައިވެސް، މުދަލަކަށް ވުމަށްޓަކައި " އެތްރޫވުގައި މި ބަޔާންކުރި ސިފަތައް ހުންނަންވާނެއެވެ." މަފްހޫމެއްކަން ފާހަގަކުރަންޖެހެއެވެ. އެހެނީ، ބިމާއި ޢިމާރާތަކީ މުދަލެއްކަމުގައި ވީނަމަވެސް، އެފަދަ މުދަލެއްގެ މައްޗަށް އެކި ބާވަތުގެ މިލްކުވެރިކަމުގެ ޙައްޤު އުފަންވުމުގެ ފުރުސަތު އޮވެއެވެ.
32މި މައްސަލައިގައި ޚުޞޫމާތް އުފެދިފައިވާ ބިމާއި އެ ބިމުގައިވާ ޢިމާރާތުގެ މިލްކުވެރިކަން މާކުރަތު ކޯޕަރޭޓިވް ސޮސައިޓީއަށް ލިބިގެންވާކަމަށް ބުނެ އެ ފަރާތުން ބަރޯސާވަނީ ޤާނޫނުއަސާސީގެ 40 ވަނަ މާއްދާގެ (ށ) އަށް ކަމުގައިވާތީ، އެ މާއްދާއިން ކަށަވަރުކޮށްދެނީ ކޮން ކަމެއްކަން ބަލާއިރު، ސްޓްރާޑާ މައްސަލައިގައި ބަޔާންކޮށްފައިވާ ފަދައިން، މުދާ ހޯދުމާއި، މިލްކުކުރުމާއި، ވާރުތަކުރުމާއި، ދިނުމާއި، މުދަލުން މުޢާމަލާތްކުރުމުގެ ޙައްޤު ކޮންމެ ރައްޔިތަކަށްމެ ލިބިގެންވާ ކަމުގައި ޤާނޫނުއަސާސީގެ 40 ވަނަ މާއްދާގެ
(ހ) ގައި ބަޔާންކުރުމަށްފަހު، މީސްމީހުންގެ މުދަލަކީ ނިގުޅައިގަނެގެންވާނޭ ތަކެއްޗެއް ނޫން ކަމުގައި ބަޔާންކޮށްފައި އޮންނަނީ މީސްމީހުންގެ މުދަލަށް ރައްކާތެރިކަން ދިނުމުގެ ގޮތުންނެވެ. މި ސަބަބަށްޓަކައި މީހެއްގެ މުދަލެއް އެ މީހެއްގެ ރުހުންނެތި ދައުލަތަށް ނަގާންވާނީ (1) ޢާންމުވެގެންވާ މަންފާއަކަށްޓަކައި، (2) ޤާނޫނުގައި ކަނޑައެޅި ބަޔާންކޮށްފައިވާ ގޮތެއްގެމަތީން، އަދި (3) އެ ކަމަށްޓަކައި ކޯޓަކުން ކުރާ ޙުކުމަކުން ކަމުގައި ބަޔާންކުރުމަށްފަހު، އެފަދައިން މީހެއްގެ މުދާ ނަގާ ޙާލަތުގައިވެސް، މީހެއް ގެ މުދަލެއް ނެގޭނީ، އެމީހަކަށް ކޯޓުން ކަނޑައަޅާ ޢަދުލުވެރި ބަދަލެއް ދިނުމަށްފަހުގައި ކަމަށް ޤާނޫނުއަސާސީގެ 40 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައި އޮވެއެވެ.
33އެހެންކަމުން، ޚުޞޫމާތް އުފެދިފައިވާ މުދަލުގެ މައްޗަށް ރ. މާކުރަތުގައި އިރުމަތީ އަވަށުގެ / މާކުރަތު ކޯޕަރޭޓިވް ސޮސައިޓީގެ މިލްކުވެރިކަމުގެ ޙައްޤެއް އޮތްކަން ނުވަތަ ނޫންކަން ބަލަންޖެހެއެވެ. އަދި ޤާނޫނުއަސާސީގެ 40 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ރައްކާތެރިކަން ރ. މާކުރަތުގައި އިރުމަތީ އަވަށަށް / މާކުރަތު ކޯޕަރޭޓިވް ސޮސައިޓީއަށް ލިބިގެންވާކަން ނުވަތަ ނޫންކަމަށްވެސް ބަލަންޖެހެއެވެ.
(ހ) މާކުރަތު އިރުމަތީ އަވަށް / މާކުރަތު ކޯޕަރޭޓިވް ސޮސައިޓީއަށް ލިބިގެންވާ މިލްކުވެރިކަމުގެ ޙައްޤު
34ދިވެހިރާއްޖޭގެ ސަރަހައްދުގައިވާ ބިން އެކި ކަންކަމަށާއި ބޭނުންތަކަށް އެކަށައެޅުމާއި، ދޫކުރުމާއި، ގެންގުޅުމާއި، ބޭނުންކުރުމާއި، ވިއްކުމާއި، ދިނުމާއި، ކުއްޔަށް ދިނުމާއި، އަދި މިނޫންވެސް ބިމާބެހޭ އެހެނިހެން ކަންތައްތައް ޝާމިލުވާގޮތަށް، އިޖުމާލީ ޤާނޫނެއް ދިވެހިރާއްޖޭގައި އަލަށް ވުޖޫދުވެފައިވަނީ 2002 ވަނަ އަހަރުއެވެ. އެއީ ޤާނޫނު ނަންބަރު 1/2002 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) އެވެ. ބުނެވުނު ޤާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން ބިމާބެހޭ ޤާނޫނީ އޮނިގަނޑެއްގެ ގޮތުގައި ފެންނާން އޮތީ ވަކި ބާވަތްތަކެއްގެ މުއާމަލާތްތަކަކަށް ނުވަތަ ބިންތަކަށް، ނުވަތަ ވަކި ރަށެއްގައިވާ ބިންތަކަށް ހާއްސަކޮށް ހަދާފައިހުރި ޤާނޫނުތަކާއި، ކަމާބެހޭ އެކިއެކި އިދާރާތަކުން ހަދާފައިވާ ގަވާއިދުތަކެވެ.
35HN7މި މައްސަލައިގައި ޚުޞޫމާތް އުފެދިފައިވާ ބިމާގުޅޭ ފުރަތަމަ ރަޖިސްޓްރީ ހަދާފައިވަނީ މިނިސްޓްރީ އޮފް އެޓޯލްސް އެޑްމިނިސްޓްރޭޝަނުން 21 މެއި 2002 ގެ ތާރީޚުގައި، ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރިންކަމުގައިވާތީ، ފުރަތަމަ ރަޖިސްޓަރީ ހަދައިދިނުމުގައި އެ ޤާނޫނަށް ރިޢާޔަތްކޮށްފައިވާނެ ކަމުގައި ބެލޭނެ ޖާގައެއް ނެތްހިނދު، ޒަމާނުއްސުރެ އަމިއްލަ ބިން ފިޔަވާ ދިވެހިރާއްޖޭގައި ހިމެނޭ ހުރިހާ ބިމަކީ ބަންޑާރަ ނުވަތަ ދައުލަތުގެ ބިންތަކެއްގެ ގޮތުގައި އޮންނަ ބިންތަކެކެވެ. އަދި ސަރުކާރުތަކުން ގެންގުޅޭ އެކި ސިޔާސަތުތަކުގެ ދަށުން، އެ ބިންތަކުގެ ތެރެއިން ކަނޑައެޅިގެންވާ ވަކި ބިންތަކެއް ސަރުކާރުގެ ބޭނުންތަކަށާއި، މީސްމީހުން ދިރިއުޅުމަށް އަދި އެނޫން ބޭނުންތަކަށް ދޫކޮށް އުޅެފައިވެއެވެ. ޤާނޫނު ނަންބަރު 1/2002 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) އަށް އަމަލުކުރަންފަށާފައިވަނީ 23 މެއި 2003 އިން ފެށިގެންނެވެ. ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނަށް އަމަލުކުރަންފެށުމުގެ ކުރިން، މުޅި ދިވެހިރާއްޖޭގައި އެކުލެވޭ ބިންތަކާ ގުޅިގެން އަމަލުކުރާ ވަކި ޤާނޫނެއް ނޯވެއެވެ. މިސާލަކަށް: ޤާނޫނު ނަންބަރު 70/2 ޖ. (މާލޭގައިވާ ވަޤުފު ބިންތައް އެހެން ރަށަކަށް ބަދަލުކުރުމާއި މާލެއިން ބިން ވަޤުފުކުރުން މަނާކުރުމުގެ ޤާނޫނު)؛ ޤާނޫނު ނަންބަރު 71/28 ޖ. (އެއްފަރާތަކަށް މިލްކުވެފައިވާ ބިމެއްގައި އެހެން ފަރާތެއްގެ ތަކެތި ހުރުމުގެ ޤާނޫނު)؛ ޤާނޫނު ނަންބަރު 72/15 ޖ. (އެކަށީގެންވާ ޢިމާރާތެއް ނުހަދައި އަދި މީހުން ނޫޅޭ ބިން ސަރުކާރަށް ހިފުމުގެ ޤާނޫނު)؛ ޤާނޫނު ނަންބަރު 78/52 (މާލޭގެ ގޯތިގޯއްޗާއި ބިންބިމާއި ޢިމާރާތް ރަޖިސްޓަރީ ކުރުމުގެ ޤާނޫނު)؛ ޤާނޫނު ނަންބަރު 78/55 (މާލޭގެ ބަންޑާރަ ގޯތިގޯއްޗާއި ބިންބިމުން ވެލި، ގ ނަގާ، ދީ، ވިއްކާ ހެދުން މަނާކުރުމުގެ ޤާނޫނު)؛ ޤާނޫނު ނަންބަރު 78/59 (ރާއްޖޭގެ ބިން ކޮންނަނިކޮށް ފެންނަ ތަކެއްޗާ ބެހޭ ޤާނޫނު).
36މިނިސްޓްރީ އޮފް އެޓޯލްސް އެޑްމިނިސްޓްރޭޝަނުގެ ފަރާތުން މި މައްސަލައިގައި ޚުޞޫމާތް އުފެދިފައިވާ ބިމާގުޅޭ ފުރަތަމަ ރަޖިސްޓްރީ ހެދިއިރު، ބިން ހަވާލުކުރެވުނު ފަރާތުގެ ގޮތުގައި އޮތީ "ރ. މާކުރަތު އޮފީސް / މާކުރަތު އިރުމަތީ އަވަށް" މިފަދައިންއެވެ. އަދި ބިމުގެ ދެވަނަ ރަޖިސްޓަރީ ހެދިއިރު ބިން ރަޖިސްޓަރީކޮށްފައިވަނީ "ރ.މާކުރަތު ކައުންސިލްގެ އިދާރާ" ގެ ނަމުގައެވެ. ދެވަނަ ރަޖިސްޓަރީ ހެދިއިރު، ޚުޞޫމާތް އުފެދިފައިވާ ބިމުގައި ހުރި ޢިމާރާތުން މަންފާ ހޯދަމުން ދިޔައީ މާކުރަތު ކޯޕަރޭޓިވް ސޮސައިޓީގެ ފަރާތުންނެވެ. މާކުރަތު ކޯޕަރޭޓިވް ސޮސައިޓީގެ ފަރާތުން ބުނާގޮތުގައި، އެފަރާތަކީ މާކުރަތު އިރުމަތީ އަވަށް ތަމްސީލުކުރާ ބައެއް ކަމުގައިވާއިރު، އެފަރާތަށް (މާކުރަތު އިރުމަތީ އަވަށުގެ ރައްޔިތުންނަށް) ބިމުން ލިބިދީފައި އޮތް ހިއްސާ ގެއްލޭގޮތަށް ބިމުގެ މިލްކުވެރިކަން ބަދަލުކުރެވިގެން ނުވާނެއެވެ.
37މިލްކުވެރިކަމުގެ އެކި ދަރަޖަތަކަށް ބަލާއިރު، ފުރިހަމަ މިލްކުވެރިކަމާއި، އަތުގެވެރިކަމާއި، ކުއްޔަށްލިބިފައި އޮތުމާއި، ހަވާލުކޮށްފައި އޮތުމާއި، ބޭނުންކުރުމުގެ ހައްގު އޮތުމާއި، ބޭނުންކޮށް މަންފާ ހޯދުމުގެ ހުއްދަ އޮތުމަކީ ބިމުގެ މިލްކުވެރިކަމުގެ ބައެއް ބާވަތްތަކެވެ. މިލްކުވެރިކަމުގެ މި ބާވަތްތަކުގެ ތެރެއިން އަތުގެވެރިކަމާއި، ކުއްޔަށްލިބިފައި އޮތުމާއި، ހަވާލުކޮށްފައި އޮތުމާއި، ބޭނުންކުރުމުގެ ހައްގު އޮތުމާއި، ބޭނުންކޮށް މަންފާ ހޯދުމުގެ ހުއްދަ އޮތުމަކީ ފުރިހަމަ މިލްކުވެރިކަން (title) ލިބިފައި އޮތުމާއި ފަރަގުތަކެއް ހުންނަ ކަންކަމެވެ. އެހެނީ އެ ޙައްޤުތަކަކީ އެ ޙައްޤެއްގެ ޒާތުން، ވަކި އިންތަކެއްގެ ތެރެއިން މުދަލުގެ މައްޗަށް އުފަންވާ ޙައްޤު ތަކެކެވެ. މިސާލަކަށް، މީހެއްގެ އަތުން ތަނެއް ކުއްޔަށް ހިފައިފިނަމަ، ކުއްޔަށްހިފާ ފަރާތަށް އެތަނެއްގެ މައްޗަށް ޙައްޤުތަކެއް އުފަންވިނަމަވެސް، އެ ޙައްޤުތަކަކީ އެ މުދަލުގެ ފުރިހަމަ މިލްކުވެރިކަން އޮންނަ ފަރާތުން ލިބިދޭ ޙައްޤުތަކުގެ ހުދޫދުގެ ތެރޭގައި ދެމި އޮންނަ ޙައްޤުތަކެކެވެ. ފުރިހަމަ މިލްކުވެރިކަން އޮތް ފަރާތުން ތަނެއް ކުއްޔަށް ދިނުމަކީ އެފަރާތެއްގެ މިލްކުވެރިކަމުގެ އެ ޙައްޤަށް އުނިކަން ގެނުވާ ސަބަބެއް ނޫނެވެ. އަދި ކުއްޔަށް ލިބިފައި އޮތުމަކީ ކުއްޔަށް ހިފާ ފަރާތަށް އެތަނުގެ ފުރިހަމަ މިލްކުވެރިކަން ފުރޮޅިގެންދާ ސަބަބެއްވެސް ނޫނެވެ. އެއާއެކު، ކުއްޔަށް ލިބިފައި އޮތް ޝަރުތުތަކުގެ ބޭރުން އެތަނަކުން މުޢާމަލާތްކޮށް މަންފާ ހޯދުމުގެ ފުރުސަތު ކުއްޔަށް ހިފާ ފަރާތަށް ލިބިގެން ނުދެއެވެ. ހަމަ އެފަދައިން، ވަކި ފަރާތަކާއި ތަނެއް ހަވާލުކޮށްފައި އޮތުމަކީ (މިސާލަކަށް ގެއެއް ބެލެހެއްޓުން) ނުވަތަ ބިމަކުން މަންފާ ހޯދުމުގެ ހުއްދަ އޮތުމަކީ (މިސާލަކަށް ގެއެއްގައި ދިރިއުޅުމުގެ ހުއްދަ ދިނުން ނުވަތަ ބިމެއްގައި ދަނޑުވެރިކަން ކުރުމުގެ ހުއްދަ ދިނުން) އެ ބިމެއްގެ ފުރިހަމަ މިލްކުވެރިކަން ލިބިފައިވާ ފަރާތުން ލިބިދީފައިވާ ހުއްދައިގެ ހުދޫދުގެ ބޭރުން އެ ބިމެއް ހަވާލުވެފައިވާ މީހާއަށް ޙައްޤުތަކެއް ނަގުލުވާ ޙާލަތެއް ނޫނެވެ.
38HN4HN5HN6މި މައްސަލައިގައި ހުރި މިލްކުވެރިކަމާ ގުޅޭ ކަންކަމަށް ބަލާއިރު، އަންނަނިވި ކަންކަން ފާހަގަވެއެވެ.
38.1. މާކުރަތު ކޯޕަރޭޓިވް ސޮސައިޓީއަކީ ބިމުގެ ފުރަތަމަ ރަޖިސްޓަރީ ދޫކުރި ތާރީޚުގެ 15 (ފަނަރަ) އަހަރު ފަހުން، 2017 ވަނަ އަހަރު ރަޖިސްޓަރީކޮށްފައިވާ ޝަޚްސެކެވެ. މާކުރަތު ކޯޕަރޭޓިވް ސޮސައިޓީގެ އަސާސީ ގަވާއިދަށް ބެލުމުން، އެ ގަވާއިދުގައި މާކުރަތު ކޯޕަރޭޓިވް ސޮސައިޓީއަކީ މާކުރަތު އިރުމަތީ އަވަށް ތަމްސީލުކުރާ ފަރާތްކަމުގެ ބެލިދާނެ އެއްވެސް އިޝާރާތެއް ކޮށްފައިނެތެވެ.
38.2. މާކުރަތު ކޯޕަރޭޓިވް ސޮސައިޓީއަކީ މާކުރަތު އިރުމަތީ އަވަށް ތަމްސީލު ކުރާ ޝަޚްސެއްކަން ނުވަތަ ނޫންކަމުގެ މައްޗަށް ބަލާއިރު، 376 މީހަކު ސޮއިކޮށް "[...]ރ. މާކުރަތު އިރުމަތީ އަވަށު ރައްޔިތުން ޢިމާރާތްކޮށް ރައްޔިތުންގެ ނަމުގައި ބިމުގެ ރަޖިސްޓަރީ ހަދާފައިވާ، 4 ކޮޓަރިއާއި ސިޓިންގ ރޫމް ހިމެނޭ ގެސްޓްހައުސްގެ މިލްކުވެރިކަން، ރ. މާކުރަތު ކޯޕަރޭޓިކް ސޮސައިޓީއަށް ދިނުމަށާއި އެ ގެސްޓްހައުސްގެ މިލްކުވެރިކަމާ ގުޅޭގޮތުން ޝަރީޢަތުގެ މަޖިލީހުގައާއި މިނޫންވެސް ސަރުކާރުގެ އިދާރާތަކުގައި ރ.މާކުރަތު އިރުމަތީ އަވަށު ރައްޔިތުންގެ ފަރާތުން ވަކާލާތުކޮށް ބަސްބުނުމުގެ ބާރު ރ. މާކުރަތު ކޯޕަރޭޓިކް ސޮސައިޓީއަށް ދިނުމަށް [...] ޓަކައި ޕަވަރ އޮފް އެޓަރނީ ލިޔުމެއްގައި (މީގެ ފަހުން "ޕަވަރ އޮފް އެޓަރނީ") ސޮއިކޮށްފައިވެއެވެ. މި ލިޔުމަކީ ރ. މާކުރަތު ކޯޓަށް މައްސަލަ ހުށަހެޅިއިރު މާކުރަތު ކޯޕަރޭޓިކް ސޮސައިޓީއިން ހުށަހަޅާފައިވާ ލިޔުމެކެވެ. މި ޕަވަރ އޮފް އެޓަރނީއަކީ ރ.މާކުރަތު ކައުންސިލްގެ އިދާރާގެ ނަމަށް ބިމުގެ ރަޖިސްޓަރީ ބަދަލުކުރުމާއި ގުޅިގެން ޝަރީޢަތަށް މައްސަލަ ހުށަހެޅުމުގެ ބޭނުމުގައި ހަދާފައިވާ ޕަވަރ އޮފް އެޓަރނީއެއް ކަމުގައިވާއިރު، އެ ބޭނުމަށް ފިޔަވައި މާކުރަތު ކޯޕަރޭޓިވް ސޮސައިޓީއަކީ މާކުރަތު އިރުމަތީ އަވަށް ތަމްސީލު ކުރާ ފަރާތެއްކަން އެނގޭނެ އެއްވެސް ރަސްމީ ލިޔެކިޔުމެއް ޝަރީޢަތުގެ އެއްވެސް މަރުޙަލާއަކަށް ހުށަހަޅާފައި ނެތެވެ.
38.3. ރ. މާކުރަތު ރަށްވެހިގެ ނުވަތަ ގެސްޓްހައުސްގެ މިލްކުވެރިކަން ރ. މާކުރަތު ކޯޕަރޭޓިކް ސޮސައިޓީއަށް ދިނުމަށް، ބަޔާންކުރެވުނު ޕަވަރ އޮފް އެޓަރނީގައި ސޮއިކޮށްފައިވާ ފަރާތްތަކުން ކަނޑައަޅާފައިވާ ނަމަވެސް، ދިވެހިރާއްޖޭގައި ބިމުގެ މިލްކުވެރިކަން ބަދަލުކުރެވެނީ ކޯޓެއް މެދުވެރިކޮށް ކަމާބެހޭ އިޖުރާއަތުތައް ފުރިހަމަ ކޮށްގެނެވެ. އަދި ކޯޓަށް މައްސަލަ ހުށަހެޅުމަށް އެކުލަވާލާ ޕަވަރ އޮފް އެޓަރނީ ލިޔުމެއްގައި އެފަދައިން ބަޔާންކުރުމަކުން، މިލްކުވެރިކަމާމެދު ކުރާ ދަޢުވާއެއްގެ ތެރެއިން މިލްކުވެރިކަން ބަދަލުކުރުމަކީ އެކަމާއި ގުޅިގެން އަމަލުކުރާ އިޖުރާއަތުތަކާއި ޚިލާފުކަމެކެވެ.
38.4. ބަޔާންކުރެވުނު ޕަވަރ އޮފް އެޓަރނީގައި ސޮއިކޮށްފައިވާ ފަރާތްތަކީ ރ. މާކުރަތު އިރުމަތީ އަވަށު ރައްޔިތުން ކަމުގައި އެ ލިޔުމުގައި ބަޔާންކޮށްފައިވާއިރު، އެ ޕަވަރ އޮފް އެޓަރނީގައި ސޮއިކޮށްފައިވާ ފަރާތްތަކަކީ ހަމަ ހަޤީޤަތުގައިވެސް ރ. މާކުރަތު އިރުމަތީ އަވަށަށް ނިސްބަތްވާ ރައްޔިތުންކަން އެނގޭނެ ގޮތެއް ނެތެވެ. އަދި ރ. މާކުރަތު އިރުމަތީ އަވަށަށް ނިސްބަތްވާ ރައްޔިތުންނަކީ ކޮބައިކަން އެނގޭނެ އެއްވެސް ރަސްމީ ލިޔެކިޔުމެއް ޝަރީޢަތުގެ އެއްވެސް މަރުޙަލާއަކަށް ހުށަހަޅާފައި ނެތެވެ. މީގެ އިތުރުން، ޒަމާނުއްސުރެ ރ. މާކުރަތުގައި ދެ އަވަށެއް އޮންނަކަމަށް ބުނާއިރު، އެ ރަށުގެ ވަކި ބަޔަކީ ވަކި އަވަށަކަށް ނިސްބަތްވާ ބައެއްކަމުގައި ބެލުމުގެ ގޮތުން އެމީހުން ދިރިއުޅޭ ތަނަށް އެކަނި ބެލިދާނެތޯ ސުވާލު އުފެދެއެވެ. އަދި ރ. މާކުރަތު އިރުމަތީ އަވަށަކީ ކޮބައިތޯ ބަލާއިރު، އެ އަވަށުގެ އިންތައް އެނގޭނެ ރަސްމީ ކުރެހުމެއްގެ މިންވަރުވެސް ނެތްކަން ފާހަގަވެއެވެ.
38.5. އޭގެ އިތުރުން، ރ. މާކުރަތު ރަށްވެހިގެ ނުވަތަ ގެސްޓްހައުސްގެ މިލްކުވެރިކަން މާކުރަތު ކޯޕަރޭޓިކް ސޮސައިޓީއަށް ދިނުމަށް ބަޔާންކުރެވުނު ޕަވަރ އޮފް އެޓަރނީގައި ސޮއިކޮށްފައިވާ ފަރާތްތަކުން ކަނޑައަޅާފައިވާ އިރު، ބަހުސްގެ ބޭނުމަށްޓަކައި އެއީ ޞައްޙަ ކަނޑައެޅުމެއް ކަމުގައި ބެލިނަމަވެސް، އެފަރާތްތަކަށް ލިބިގެންވާ މިލްކުވެރިކަމުގެ ޙައްޤު މާކުރަތު ކޯޕަރޭޓިކް ސޮސައިޓީގެ ނަން މައްޗަށް ބަދަލުކުރުމަށް ހުށަހަޅަނީ ކޮން ބާވަތެއްގެ މުޢާމަލާތެއްގެ ތެރެއިން (މިސާލަކަށް ވިއްކުން ނުވަތަ ހިބައިން ދިނުން) ކަން އެނގެން ނެތެވެ. އެއީ ބިމުގެ ފުރިހަމަ މިލްކުވެރިކަމަކީ އެ މިލްކުވެރިކަން ބަދަލުކުރަން ބޭނުންވިޔަތީ ބަދަލުކުރެވޭ ޒާތުގެ މިލްކުވެރިކަމެއް ނޫނެވެ. ބިމުގެ ފުރިހަމަ މިލްކުވެރިކަން ބަދަލުކުރެވޭނީ ޤާނޫނުގައި ކަނޑައަޅާފައިވާ ގޮތުން ކުރެ ގޮތަކަށް އެކަންޏެވެ.
38.6. އެހެންކަމުން، ޚުޞޫމާތް އުފެދިފައިވާ ބިމުގެ ދެވަނަ ރަޖިސްޓަރީ ހެދިއިރު، އެ ބިމުގައި ހުރި ޢިމާރާތުން މަންފާ ހޯދަމުން ދިޔައީ ރ. މާކުރަތު އިރުމަތީ އަވަށުގެ ރައްޔިތުން ތަމްސީލުކުރާ ފަރާތެއްގެ ހައިސިއްޔަތުން މާކުރަތު ކޯޕަރޭޓިވް ސޮސައިޓީ ކަމުގައި ބެލިނަމަވެސް، މާކުރަތު ކޯޕަރޭޓިވް ސޮސައިޓީއަށް އެ ބިމާއި ޢިމާރާތުން އޭރު މަންފާ ހޯދުމުގެ ފުރުސަތު ލިބިފައި އޮތުމަކީ އެ ބިމާއި ޢިމާރާތުގެ ފުރިހަމަ މިލްކުވެރިކަން ރ. މާކުރަތު އިރުމަތީ އަވަށުގެ ރައްޔިތުންނަށް ނުވަތަ މާކުރަތު ކޯޕަރޭޓިވް ސޮސައިޓީއަށް ލިބިގެންވާކަން ދަލާލާތުކޮށްދޭ ކަމެއް ނޫނެވެ.
38.7 ރައްޔިތުންގެ ގެސްޓްހައުސްއެއް ޢިމާރާތްކުރުމުގެ ޚިޔާލު މަޝްވަރާ ފުރަތަމަ ކުރެވެން ފަށާފައިވަނީ މާކުރަތުގެ އިރުމަތީ އަވަށުގައި ދިރިއުޅެމުންދިޔަ ރައްޔިތުންގެ ތެރެއިން ކަމުގައި ބެލި ނަމަވެސް، އަދި އެ ކަމުގައި ޢަމަލީ ގޮތުން އެ ފަރާތްތަކުން ބައިވެރިވެފައިވާ ނަމަވެސް، އަދި އެ ބިމަށް ހަދައިދިން ފުރަތަމަ ރަޖިސްޓްރީގައި ބިން ހަވާލުކުރެވޭ ފަރާތުގެ ގޮތުގައި "ރ.މާކުރަތު އޮފީސް އަވަށް" ބަޔާންކޮށްފައިވާ ނަމަވެސް، (ދައުލަތުގެ އިދާރާއަކާއި ހަވާލުކޮށްފައިވާ ބިންތަކާއި ޚިލާފަށް) އަމިއްލަ ފަރާތެއް (private party) ގެ މިލްކުވެރިކަމުގެ ޙައްޤެއް ހިމެނޭގޮތަށް މުދަލެއް ލިބިދެވޭނަމަ، އެ މުދަލަކާއި ގުޅޭ ޙައްޤުތަކަކާއި ޒިންމާތައް އުފުލަންޖެހޭ ފަރާތެއް ނުވަތަ ފަރާތްތަކަކީ ކިބައިން ސާފުކޮށް އެނގޭގޮތަށް ކަނޑައަޅާފައި އޮންނަންޖެހެއެވެ. އަދި ޤާނޫނީގޮތުން މުދަލެއްގެ މިލްކުވެރިކަން ލިބިދެވޭނީ (އެކެއް ނުވަތަ އެއަށްވުރެ ގިނަ ނަމަވެސް) އިންސާނަކަށް (natural person) ނުވަތަ / އަދި ޤާނޫނީ ޝަޚްސް (legal person) އަކަށް ކަމުގައިވުމުން، މާކުރަތު އިރުމަތީ އަވަށަކީ ޤާނޫނީ ޝަޙްސަކަށް ނުވާތީ، "މާކުރަތު އިރުމަތީ އަވަށް" އަކީ ކޮބައިކަން އަދި އެ އަވަށަށް ނިސްބަތްވާ މީހުންނަކީ ކޮބައިކަން ބަލާއިރު، އެ ކަންކަން އެނގެން ނެތް ހިނދު، ބިމެއްގެ މިލްކުވެރިކަމުގެ ޙައްޤު އޮތީ މާކުރަތު އިރުމަތީ އަވަށަށް ނުވަތަ އެ އަވަށަށް ނިސްބަތްވާ ފަރާތްތަކެއްގެ ކިބައިގައި ކަމުގައި ބުނެވިދާނެ ބިނާއެއް ނެތެވެ.
38.8 ޚުޞޫމާތް އުފެދިފައިވާ ބިމަށް ހަދާފައިވާ ފުރަތަމަ ރަޖިސްޓަރީއަކީ "ރާއްޖެތެރޭގައި މީހުން އުޅޭ ރަށްރަށުން ސަރުކާރުގެ އެކިފަރާތްތަކަށް ދޫކުރެވޭ ބިމުގެ ރަޖިސްޓަރީ" މި ސުރުޚީ އޮތް ރަޖިސްޓަރީއެއް ކަމުގައިވެފައި، ފުރަތަމަ ރަޖިސްޓްރީގައި ބިން ހަވާލުކުރެވުނު ފަރާތުގެ ގޮތުގައި އޮތީ "ރ. މާކުރަތު އޮފީސް / މާކުރަތު އިރުމަތީ އަވަށް" ކަމުގައިވާ ނަމަވެސް، އާމްދަނީ ލިބެންވާނީ ރަށު ކައުންސިލަށް ކަމުގައި ބަޔާންކޮށްފައިވެއެވެ. (މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 21/E9C/2018 ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ ސޮފްޓް ކޮޕީގެ ސަފްހާ 269-268) މިސާލަކަށް، ރަޖިސްޓަރީ ކުރާ ގޯއްޗެއް ހަވާލުކޮށްފައިވަނީ "ހަރުމަނިޔާ ގޯޅީގެ ރަށްވެހިން" އަށް ކަމުގައި ބަޔާންކުރުމުން އެއީ ކޮންބައެއްކަން ސާފެއް ނުވެއެވެ. ހަމަ އެބީދައިން، އެކަކަށް ވުރެ ގިނަ މީހުންގެ މައްޗަށް ރަޖިސްޓަރީ ކުރާ ގޯއްޗެއް ހަވާލުކޮށްފައިވަނީ "އަލީނާ އީސާގެ ވާރިސުން" އަށް ކަމުގައި ބަޔާންކުރުމުންވެސް އެއީ ކޮންބައެއްކަން ސާފެއް ނުވެއެވެ. ރަޖިސްޓަރީގައި ލިޔަންޖެހޭނީ ގޯތި ހަވާލުކޮށްފައިވާ ކޮންމެ މީހަކީ ކާކުކަން އެނގޭގޮތަށެވެ. އަދި އެއިން ކޮންމެ މީހުކޮށްގް ލިބިގެންވާ މިލްކުވެރިކަމުގެ ހިއްސާގެ މިންވަރުވެސް ރަޖިސްޓަރީއިން އެނގެން އޮންނަންވާނެއެވެ. އެ ރަޖިސްޓަރީގައި "މާކުރަތު އިރުމަތީ އަވަށް" މި ފަދައިން ލިޔެފައި އޮތުމަކީ (މި ރައުޔުގެ
38.7 ގައި ބަޔާންކޮށްފައި ސަބަބު އެފަދައިން އޮތުމުން) ރ. މާކުރަތު އިރުމަތީ އަވަށު ރައްޔިތުން ކަމަށް ބުނާ މީހުންގެ މައްޗަށް ބިމުގެ މިލްކުވެރިކަމުގެ ޙައްޤެއް އުފަންކުރުވާ ޤާނޫނީ ސަބަބެއް ނޫނެވެ.
39މީގެ އިތުރުން، މި މައްސަލައިގައި ހުށަހަޅާފައިވާ ލިޔެކިޔުމަށް ބަލާއިރު، އަންނަނިވި ކަންކަން ފާހަގަވެއެވެ.
39.1 ރ. މާކުރަތުގައި ގެސްޓްހައުސްއެއް ޢިމާރާތް ކުރުމުގެ ޚިޔާލާއި މަޝްވަރާތައް ފެށިފައިވަނީ ރަށަށް ވަޑައިގަންނަވާ ސަރުކާރުގެ މަތީ ފަންތީގެ ބޭފުޅުންނަށް ރަނގަޅު މެހެމާނު ދާރީއެއް އަދާކުރެވޭނެ އެކަށީގެންވާ ތަނެއް ނެތުމުން ކަމުގައިވާއިރު، އެ ޢިމާރާތްކުރުމަށް ހުށަހަޅާފައިވާ ޕްރޮޖެކްޓް ޕްރޮޕޯސަލްގައި ޕްރޮޖެކްޓުގެ ވެރި ފަރާތަކީ ރ. މާކުރަތު އޮފީސްކަމުގައި ބަޔާންކޮށްފައި އެވެއެވެ.
39.2 ރ. މާކުރަތުގައި ގެސްޓްހައުސްއެއް ނުވަތަ ރަށްވެހިގެއެއް ހެދުމުގެ ޕްރޮޖެކްޓަށް ހޯދާ ބިން ރަށު އޮފީހުގެ ނަމުގައި ރަޖިސްޓްރީ ކުރުމަށް ރ.ކ ކޮމެޓީގެ މެންބަރުން ނިންމާފައިވާކަމާއި، ޕްރޮޖެކްޓް ކުރިޔަށްދާނީ ހިލޭ ސާބަހަށް މަސައްކަތްކުރާ ރައްޔިތުންގެ ބައެއްގެ ބައިވެރިވުމާއި އެކުގައި ކަމާއި، ޕްރޮޖެކްޓުގެ މަސައްކަތް ކުރިއަށް ގެންދިޔުމުގައި ނިންމަންޖެހޭ ނިންމުންތައް ރ.ކ ކޮމެޓީން ނިންމާ އެކަންކަން ތަންފީޒު ކުރާވަރު އެ ކޮމެޓީން މޮނިޓަރކޮށް ބަލަހައްޓަމުން ގޮސްފައިވާކަން ރ.ކ ކޮމިޓީގެ ޔައުމިއްޔާތަކުން އެނގެން އޮވެއެވެ.
39.3 ބުނެވުނު ޕްރޮޖެކްޓަށް އެހީ ހޯދުމަށް ރ. މާކުރަތު ރަށު އޮފީހުގެ ފަރާތުން އަމިއްލަ ފަރާތްތަކަށާއި، އޭރުގެ އަތޮޅު އޮފީހަށް ސިޓީ ފޮނުވާފައިވާ ކަމާއި، ޢިމާރާތްކުރުމަށް ލިބޭ ފައިސާއާއި ޚަރަދުތައް ބަލަހައްޓަމުން ގެންގޮސްފައިވަނީ ރަށު އޮފީހުގެ ސީދާ ބެލުމުގެ ދަށުންކަން މި މައްސަލައިގައި ދަށު ކޯޓަށް ހުށަހެޅިފައިވާ ރ. މާކުރަތު އޮފީހުގެ 2004، 2005، 2006 އަދި 2007 ވަނަ އަހަރުގެ ތިޖޫރީ ރިޕޯޓުތަކުން ފެންނާން އެބަހުއްޓެވެ.
39.4. ޚުޞޫމާތް އުފެދިފައިވާ ބިމަށް ހަދާފައިވާ ފުރަތަމަ ރަޖިސްޓަރީއަކީ "ރާއްޖެތެރޭގައި މީހުން އުޅޭ ރަށްރަށުން ސަރުކާރުގެ އެކިފަރާތްތަކަށް ދޫކުރެވޭ ބިމުގެ ރަޖިސްޓަރީ" އެއް ކަމުން، ރާއްޖޭގައި އޮންނަ ބިން އެކަށައެޅުމުގެ އުސޫލުގެ ދަށުން، ފުރަތަމަ ރަޖިސްޓްރީގައި ބިން ހަވާލުކުރެވުނު ފަރާތުގެ ގޮތުގައި އޮތީ "ރ. މާކުރަތު އޮފީސް / މާކުރަތު އިރުމަތީ އަވަށް" ކަމުގައިވާ ނަމަވެސް، މި ރައުޔުގެ 38 ވަނަ ޕެރެގްރާފްގައާއި، މި ޕެރެގްރާފްގައި އިސްވެ ފާހަގަކޮށްފައިވާ ސަބަބުތައް އެހެން ހުރުމުން، ރ. މާކުރަތު ކޯޓުގެ ނިންމުމުގައި ބަޔާންކޮށްފައިވާ ފަދައިން، އެ ބިން ދޫކޮށްފައިވަނީ ސަރުކާރުގެ އިދާރާއަކަށް ކަމުގައި ބެލުމުގެ ފުރުސަތު ބޮޑެވެ.
40މީގެ އިތުރުން، ޚުޞޫމާތު އުފެދިގެން އުޅޭ ބިމަކީ އެއްމެދު ބިމެއް ކަމަށް ނުވަތަ ޢިމާރަތެއް ކަމަށް ބުނެ އެއްވެސް ޚަސްމެއްގެ ފަރާތުން ދަށު ކޯޓަށް އަދި ހައިކޯޓަށްވެސް ހުށަހަޅާފައިވާކަން ނުވަތަ އެފަދައިން ވަކާލާތު ކޮށްފައިވާކަންވެސް މި މައްސަލައިގެ ތެރެއިން އެނގެން ނެތެވެ. އަދި ޚުޞޫމާތް އުފެދިފައިވާ ބިމާއި ޢިމާރާތަކީ އެއްމެދު ޢިމާރާތެއް ކަމުގައި ހައިކޯޓުން ކަނޑައަޅާފައިވާއިރު، އެއްމެދު ޢިމާރާތުގެ މަފްހޫމާއި މި ބިމާއި ޢިމާރާތް ގުޅޭ ގޮތެއް ހައިކޯޓުގެ ރިޕޯޓުން އެނގެން ނެތެވެ. ހަމަ އެއާއެކު، ބުނެވުނު ބިމަކީ އެއްމެދު ބިމެއް ކަމުގައި ބަޔާންކުރުމަށްފަހު، ބިމާއި ޢިމާރާތުގެ ރަޖިސްޓްރީ މާކުރަތު ކޯޕަރޭޓިވް ސޮސައިޓީގެ ނަމުގެ މައްޗަށް އެކަނި ބަދަލުކުރުމަށް ދައުލަތުގެ ކަމާބެހޭ ފަރާތްތަކަށް އަންގާފައިވާ ސަބަބެއް އެ ނިންމުމުން އެނގެން ނެތެވެ.
41އިސްވެ ބަޔާންކުރި ސަބަބުތައް އެފަދައިން ހުރުމުން، މާކުރަތު ކޯޕަރޭޓިވް ސޮސައިޓީއަކީ މާކުރަތު އިރުމަތީ އަވަށް ތަމްސީލުކުރާ ފަރާތެއްކަމުގައި ބަލާނެ ޤާނޫނީ ބިނާއެއް އޮތް ކަމުގައި ބެލެވެން ނެތަތީއާއި، 2002 ވަނަ އަހަރު ދޫކުރި އެ ބިމުގެ ފުރިހަމަ މިލްކުވެރިކަމުގެ މައްޗަށް ރ. މާކުރަތު އިރުމަތީ އަވަށުގެ ނުވަތަ މާކުރަތު ކޯޕަރޭޓިވް ސޮސައިޓީގެ ޙައްޤެއް އުފެދެނީ ކޮން ހައިސިއްޔަތަކުން ނުވަތަ ކޮން ޤާނޫނީ ބިނާއެއްގެ މައްޗަށް ކަން އެނގެން ނެތަތީ އާއި، މައްސަލައާ ގުޅިގެން ހުށަހަޅާފައިވާ ލިޔެކިޔުމަށް ބެލުމުން، ރ. މާކުރަތު އިރުމަތީ އަވަށަށް ނުވަތަ މާކުރަތު ކޯޕަރޭޓިވް ސޮސައިޓީއަށް ބިމުގެ ފުރިހަމަ މިލްކުވެރިކަމުގެ ޙައްޤެއް އޮތްކަމުގައި ބަލާނެ ތަނެއް އޮތްކަމުގައި އަހުރެންނަށް ނުފެނެއެވެ.
(ށ) ޤާނޫނުއަސާސީގެ 40 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ރައްކާތެރިކަން
42ޤާނޫނުއަސާސީގެ 40 ވަނަ މާއްދާގެ ދަށުން މުދަލެއް ނަގައިފިނަމަ ދައުލަތުން އޭގެ ބަދަލު ދޭންޖެހެނީ މީހެއްގެ މުދަލެއް އެ މީހެއްގެ ރުހުންނެތި ދައުލަތަށް ނަގާ ހާލަތުގައި ކަމަށް ވާއިރު، މާކުރަތު ކޯޕަރޭޓިވް ސޮސައިޓީއިން ބުނާ ގޮތުގައި ޚުޞޫމާތް އުފެދިފައިވާ ބިމުގެ ފުރަތަމަ ރަޖިސްޓަރީ ބާތިލުކުރުމަށްފަހު 20 އޯގަސްޓް 2017 ވަނަ ދުވަހު އެ ބިމަށް ހެދި ދެވަނަ ރަޖިސްޓަރީގައި މާކުރަތު އިރުމަތީ އަވަށް ހިމަނާފައިނުވުމަކީ، މާކުރަތު އިރުމަތީ އަވަށު ރައްޔިތުންގެ މުދަލެއް އެފަރާތްތަކުގެ ކިބައިން އަތުލުމެވެ. އަދި ޤާނޫނުއަސާސީގެ 40 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުން "[...] ޢާންމުވެގެންވާ މަންފާއަކަށްޓަކައި، ޤާނޫނުގައި ކަނޑައެޅި ބަޔާންކޮށްފައިވާ ގޮތެއްގެމަތީން، އަދި އެކަމަށްޓަކައި ކޯޓަކުން ކުރާ ޙުކުމަކުން މެނުވީ އެއްވެސް މީހެއްގެ މުދަލެއް އެ މީހެއްގެ ރުހުންނެތި ދައުލަތަށް ނަގައިގެނެއް ނުވާނެއެވެ. އަދި މީހެއްގެ މުދަލެއް ދައުލަތަށް ނަގާންވާނީ ކޯޓުން ކަނޑައަޅާ ޢަދުލުވެރި ބަދަލެއް އެ މުދަލެއްގެ ވެރިފަރާތަށް ދިނުމަށްފަހު [...]" ކަމުގައިވުމުން، އެފަދައިން ބަދަލެއް ދިނުމަކާއި ނުލައި ބިމެއް ދައުލަތަށް ނަގައިގެން ނުވާނެއެވެ.
43HN3ކުރިން (މި ރައުޔުގެ ޕެރެގްރާފް 37 ގައި) ފާހަގަކޮށްފައިވާ ފަދައިން، މިލްކުވެރިކަމުގެ އެކި ދަރަޖަތައް ހުންނައިރު، ކޮންމެ ބާވަތެއްގެ މިލްކުވެރިކަމަކީ ޤާނޫނުއަސާސީގެ 40 ވަނަ މާއްދާގައި ބުނާ ބަދަލު ދޭންޖެހޭ ބާވަތުގެ މިލްކުވެރިކަމެއް ނޫނެވެ. ބިމާގުޅޭ މިލްކުވެރިކަމުގެ ދަރަޖަތަކަށް ބަލާއިރު، ޤާނޫނުއަސާސީގެ 40 ވަނަ މާއްދާގެ (ށ) ގައިވާ ފަދައިން ކޯޓުން ކަނޑައަޅާ ޢަދުލުވެރި ބަދަލެއް ދިނުމަށްފަހު މުދަލެއް ނެގުމަކީ ހަމައެކަނި ފުރިހަމަ މިލްކުވެރިކަން (title) ލިބިފައި އޮތްނަމަ ލިބިދޭ ރައްކާތެރިކަމެކެވެ. ބިމުގެ މައްޗަށް އޮންނަ އެހެނިހެން ބާވަތްތަކުގެ މިލްކުވެރިކަމަކަށް 54 ބުރޫ އަރައިފިނަމަ ނުވަތަ އުނިކަމެއް ލިބިއްޖެނަމަ، އެ ޙައްޤު ލިބި އޮތް ފަރާތަށް ލިބޭ ގެއްލުމަކީ އެ ޙައްޤެއް ލިބިދިން މުޢާމަލާތަކާއި ގުޅުވާ ހޯދަންޖެހޭ އެއްޗެކެވެ.
44ޚުޞޫމާތް އުފެދިފައިވާ ބިމުގެ މިލްކުވެރިކަމާއި ގުޅިގެން އިސްވެ (މި ރައުޔުގެ ޕެރެގްރާފް 34 އިން 41 ގެ ނިޔަލަށް) ފާހަގަކޮށްފައިވާ ކަންކަން އެފަދައިން ހުރުމުން، އެ ބިމާއި ޢިމާރާތަކީ ރ. މާކުރަތު އިރުމަތީ އަވަށުގެ ނުވަތަ މާކުރަތު ކޯޕަރޭޓިވް ސޮސައިޓީގެ ފުރިހަމަ މިލްކެއް ކަމުގައި ބެލެވިދާނެ ޤާނޫނީ ސަބަބުތަކެއް ނެތް ހިނދު، ފުރަތަމަ ރަޖިސްޓަރީ ބާޠިލުކޮށް ރ. މާކުރަތު އިރުމަތީ އަވަށު ރައްޔިތުންގެ ރުހުމެއް ނެތި ދެވަނަ ރަޖިސްޓްރީގައި ބިމާއި ޢިމާރާތުގެ މިލްކުވެރި ފަރާތަކީ ރ. މާކުރަތު ކައުންސިލްގެ އިދާރާ ކަމުގައި ބަޔާންކޮށްފައިވަނީ ޤާނޫނުއަސާސީގެ 40 ވަނަ މާއްދާގެ (ށ) ތަޖާހުލު (ignore) ކުރުމަށް ފަހުގައި ކަމުގައި ބެލޭނެ ޤާނޫނީ ބިނާއެއް އޮތްކަމުގައި އަހުރެން ނުދެކެމެވެ.
އިސްތިއުނާފީ ތިންވަނަ ނުކުތާ
45އިސްތިއުނާފުކުރާ ފަރާތްތަކުން ހުށަހަޅާފައިވާ ތިންވަނަ ނުކުތާގައި މައިގަނޑު ގޮތެއްގައި ބުނެފައިވަނީ ހައިކޯޓުން މައްސަލަ ނިންމުމުގައި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ 139 ވަނަ މާއްދާ މާނަކޮށްފައިވަނީ ގޯސްކޮށްކަމަށެވެ.
46މި ނުކުތާ ތަފްސީލުކުރަމުން އެ ފަރާތްތަކުން ބުނެފައިވަނީ ހުސޫމާތް އުފެދިފައިވާ ބިން ހަވާލުކޮށްފައިވަނީ ރ. މާކުރަތު އޮފީހާކަމަށާއި، ފުރަތަމަ ރަޖިސްޓަރީގައި ރ. މާކުރަތު އޮފީހުގެ އިތުރުން ރ. މާކުރަތު އިރުމަތީ އަވަށް ލިޔެފައިވުމުން އެ ބިމަކީ ރައްޔިތުންގެ ތަނެއްކަން އެނގެން އޮންނަކަމަށާއި، އެ ބިމަކީ ވަކި ފަރުދުންތަކަކަށް ނިސްބަތްވާގޮތަށް ހަމަޖައްސާފައި އޮތް ބިމެއްނަމަ، ފުރަތަމަ ރަޖިސްޓަރީގައި ރ. މާކުރަތު އޮފީސް ހިމަނާފައިވުމުގެ މާނައެއް ނެތްކަމަށެވެ. އެހެންކަމުން، ހައިކޯޓުން މައްސަލަ ނިންމުމުގައި މި މައްސަލައަށް ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ 139 ވަނަ މާއްދާ ތަޠުބީޤުކުރެވެން ނެތްކަމަށް ކަނޑައަޅާފައިވަނީ ހުށަހަޅާފައިވާ ހެއްކަށް ރިޢާޔަތްކުރުމަކާއި ނުލާކަމަށާއި، 54 މިސާލަކަށް، އަތުގެވެރިކަމާއި، ކުއްޔަށްލިބިފައި އޮތުމާއި، ހަވާލުކޮށްފައި އޮތުމާއި، ބޭނުންކުރުމުގެ ހައްގު އޮތުމާއި، ބޭނުންކޮށް މަންފާ ހޯދުމުގެ އެއްދައޮތުން. ހައިކޯޓުގެ އެ ނިންމުމަކީ ދައުލަތުގެ މުދަލަކާމެދު އިދާރާތަކުން އަމަލުކުރުމަށް ނިންމާފައިވާ ނިންމުންތަކާއި ޚިލާފު، އަދި އެ ނިންމުންތަކަށް އެކަށީގެންވާ މިންވަރަކަށް ރިޢާޔަތްނުކޮށް، ދައުލަތުގެ އެގްޒެކެޓިވް ނިންމުންތަކުގެ ތެރެއަށް އަދި ޤާނޫނު ތަންފީޒުކުރުމުގެ ބާރުގެ ތެރެއަށް ކޯޓުން ވަދެވޭ ގޮތަށް ނިންމާފައިވާ ނިންމުމެއް ކަމުގައިވެސް އިސްތިއުނާފު ކުރާ ފަރާތްތަކުން ބުނެއެވެ.
47މި ނުކުތާގެ ރައްދުގައި އިސްތިއުނާފު ރައްދުވާ ފަރާތުން މައިގަނޑު ގޮތެއްގައި ބުނެފައިވަނީ ދަށުކޯޓުގެ ޤަޟިއްޔާގެ ރިޕޯޓުގެ 3 ވަނަ ނަންބަރުންނާއި ހައިކޯޓުގެ ރިޕޯޓުގެ 10.3.9 އިން 10.3.10 އަށް ބެލުމުން، ޚުޞޫމާތް އުފެދިފައިވާ ބިމާއި ޢިމާރާތް ހުރީ ރ. މާކުރަތު އިރުމަތީ އަވަށުގެ ރައްޔިތުންގެ ބެލުމުގެ ދަށުގައި ކަމާމެދު ދެބަސްވެވެން ނެތް ކަމުގައާއި، ރަށްރަށުގައި އުޅޭ ރައްޔިތުން އުޅޭ ސަރަހައްދުތަކާއި އެ ތަންތަނަށް ނިސްބަތްވަނީ ކޮން ބައެއްކަން އެ ރަށުގައި ދިރިއުޅޭ މީހުންނަށް ދެނެގަނެވޭނެ ކަމަށާއި، މާކުރަތު އިރުމަތީ އަވަށު ރައްޔިތުންގެ ހިއްސާވާ ގެސްޓްހައުސްއަކީ އެ ރައްޔިތުން ހިންގާ ވިޔަފާރީގެ ހަރަކާތެއް ކަމަށާއި، މުޖުތަމަޢުގައި ހިމެނޭ ވަކިބަޔަކަށް އަދި ޖަމާޢަތަކަށް މިފަދަ ވިޔަފާރީގެ ހަރަކާތްތައް ހިންގުން އެއްވެސް ޤާނޫނަކުން މަނާކޮށްފައި ނުވާ ކަމަށާއި، ޚުޞޫމާތް އުފެދިފައިވާ ބިމުގައި ހުރި ގެސްޓްހައުސްއަކީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނަށް ޢަމަލުކުރަން ފެށިއިރު، އަދި މި މައްސަލަ ޖެހުމާ ހަމައަށްވެސް މާކުރަތު ކައުންސިލްގެ ބެލުމުގެ ދަށުގައިހުރި އަދި އެ ކައުންސިލުން ހިނގަމުންދިޔަ ތަނެއް ނޫންކަމަށާއި، އެ ތަނުގެ ރަޖިސްޓްރީ މާކުރަތު ކައުންސިލްގެ އިދާރާގެ ނަމަށް ބަދަލުކޮށްފައިވަނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނަށް ޢަމަލުކުރަން ފެށިތާ 7 (ހަތެއް) އަހަރު ފަހުން ކަމުގައިވާތީ، އެ ޤާނޫނުގެ 139 ވަނަ މާއްދާ މި މައްސަލައަށް ނުހިނގާނެ ކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ކަނޑައަޅާފައިވަނީ ރަނގަޅަށް ކަމުގައި ދެކޭ ކަމަށެވެ.
48HN9ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ 139 ވަނަ މާއްދާގައި އޮންނަނީ: "މި ޤާނޫނަށް ޢަމަލުކުރުމުގެ ކުރިން ހިނގަމުންއައި ރަށު އޮފީސްތަކާއި އަތޮޅު އޮފީސްތަކާއި އަދި މިނޫނަސް ސަރުކާރުގެ ކަމާބެހޭ އިދާރާތަކުގެ ބެލުމުގެ ދަށުގައި، މި ޤާނޫނަށް ޢަމަލުކުރަން ފަށާ ތާރީޚާ ހަމައަށް ހުރި ރައްޔިތުންގެ ތަންތަނާއި ތަކެއްޗާއި ރައްޔިތުންގެ އެކައުންޓުތަކުގައި ހުރި ފައިސާއާއި ފިހާރައާއި ރައްޔިތުންގެ މުދަލާއި ރައްޔިތުންގެ ވިޔަފާރިއާއި ރައްޔިތުން ހިންގަމުން އައި މަދަރުސާތަކާއި މަކްތަބުތަކާއި ކްލާސްތަކާއި އިޖްތިމާޢީ މަރުކަޒުތަކާއި އިންޖީނުގެތަކާއި އެހެނިހެން ވަސީލަތްތައް، މި ޤާނޫނުގެ ދަށުން އުފައްދާ އަތޮޅު ކައުންސިލާއި ރަށު ކައުންސިލް އުފެދުމާއެކު، ރަށު ކައުންސިލްގެ ބެލުމުގެ ދަށަށް ބަދަލުވީއެވެ. މި ގޮތުން އަތޮޅު ރައްޔިތުންނަށް ނިސްބަތްވާ ތަކެތި ބަދަލުވާނީ އަތޮޅު ކައުންސިލްގެ ދަށަށެވެ. ރަށު ރައްޔިތުންގެ ނަމުގައި ހުރި ތަކެތި ބަދަލުވާނީ ރަށު ކައުންސިލްގެ ދަށަށެވެ." މިފަދައިންނެވެ.
49މި މައްސަލައަށް ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ 139 ވަނަ މާއްދާ ތަޢުބީޤުކުރެވެން ނެތްކަމަށް ހައިކޯޓުން ކަނޑައަޅާފައިވަނީ ރަނގަޅަށްކަން ނުވަތަ ނޫންކަމުގެ މައްޗަށް ބަލާއިރު، (1) އަހުރެންގެ މި ރައުޔުގެ 37، 38 އަދި 39 ޕެރެގްރާފްގައި ފާހަގަކޮށްފައިވާ ކަންކަން އެފަދައިން ހުރުމުން، ޚުޞޫމާތް އުފެދިފައިވާ ބިމަށް ހަދައިދިން ފުރަތަމަ ރަޖިސްޓްރީގައި ބިން ހަވާލުކުރެވުނު ފަރާތުގެ ގޮތުގައި އޮތީ "ރ. މާކުރަތު އޮފީސް / މާކުރަތު އިރުމަތީ އަވަށް" ކަމުގައިވާ ނަމަވެސް އެ ބިން ދޫކޮށްފައިވަނީ މާކުރަތު އިރުމަތީ އަވަށަށް ކަމުގައި ބެލެވޭނެ ޤާނޫނީ ސަބަބުތަކެއް ނެތުމުންނާއި،(2) އެ ބިމަކީ ރ. މާކުރަތު އޮފީހަށް ދޫކޮށްފައިވާ ބިމެއް ކަމުގައި ބަލަންޖެހޭ ޤާނޫނީ ސަބަބުތަކެއް ހުރުމުންނާއި، (3) ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނަށް ޢަމަލުކުރަން ފަށާ ތާރީޚާ ހަމައަށް ހުރި ރައްޔިތުންގެ ތަންތަނާއި ތަކެއްޗާއި ރައްޔިތުންގެ އެކައުންޓުތަކުގައި ހުރި ފައިސާއާއި ފިހާރައާއި ރައްޔިތުންގެ މުދަލާއި ރައްޔިތުންގެ ވިޔަފާރިއާއި ރައްޔިތުން ހިންގަމުން އައި މަދަރުސާތަކާއި މަކްތަބުތަކާއި ކްލާސްތަކާއި އިޖްތިމާޢީ މަރުކަޒުތަކާއި އިންޖީނުގެތަކާއި އެހެނިހެން ވަސީލަތްތައް، އެ ޤާނޫނުގެ ދަށުން އުފައްދާ އަތޮޅު ކައުންސިލާއި ރަށު ކައުންސިލް އުފެދުމާއެކު ރަށު ކައުންސިލްގެ ބެލުމުގެ ދަށަށް ބަދަލުވީ ކަމުގައި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ 139 ވަނަ މާއްދާގައި ސަރީހަބަހުން ބަޔާންކޮށްފައިވާތީއާއި، (4) ޚުޞޫމާތް އުފެދިފައިވާ ބިމަކީ ވަކި ފަރުދުންތަކަކަށް ނިސްބަތްވާ ބިމަކަށްވުމުގެ ބަދަލުގައި ރައްޔިތުންގެ މަންފާއަށްޓަކައި ދައުލަތުގެ އިދާރާއަކާ ހަވާލުކޮށްފައިވާ ބިމެއްކަމުގައި ބުރަވެވޭތީ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނަށް ޙަވާލާދީ ހައިކޯޓުން ނިންމާފައިވާ ނިންމުން ރަނގަޅު ކަމުގައި އަހުރެން ނުދެކެމެވެ.
50އެހެންކަމުން، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގައިވާ ފަދައިން ބިމުގެ މިލްކުވެރިކަން ބަދަލުކުރުމުގެ ގޮތުން ރަޖިސްޓަރީ ހަދައިފައިވަނީ އެ ޤާނޫނަށް އަމަލުކުރަން ފެށުމަށްފަހު އަހަރުތަކެއް ވީފަހުން ކަމުގައި ބުނެ ހުށަހެޅުމެއް ހުށަހަޅާފައިވާ ހިނދު، ޤާނޫނަށް ޢަމަލުކުރަން ފެށުމާއެކު، ޤާނޫނުގެ ބޭނުމަށްޓަކައި، ޚުޞޫމާތްއުފެދިފައިވާ ބިމާއި އެ ބިމުގައިވާ ޢިމާރާތުގެ ފުރިހަމަ މިލްކުވެރިކަން ލިބިގެންވާ ފަރާތަކީ ރ. މާކުރަތު ކައުންސިލްގެ އިދާރާކަމުގައާއި، ރ. މާކުރަތު ކައުންސިލްގެ އިދާރާގެ ނަމުގައި ބިމުގެ ރަޖިސްޓަރީ ހެދުމަށް ހޭދަވި މުއްދަތަކީ އެފަރާތަށް ލިބިގެންވާ މިލްކުވެރިކަމުގެ ޙައްޤަށް އުނިކަމެއް ގެނުވާ ސަބަބެއް ނޫންކަމުގައި ފާހަގަކުރަމެވެ.
51HN10އިސްވެ ބަޔާންކުރެވުނު ކަންކަމުގެ އިތުރުން، ހައިކޯޓުގެ ނިންމުމަކީ ދައުލަތުގެ އެގްޒެކެޓިވް ނިންމުންތަކުގެ ތެރެއަށް އަދި ޤާނޫނު ތަންފީޒުކުރުމުގެ ބާރުގެ ތެރެއަށް ކޯޓުން ވަދެވޭ ގޮތަށް ނިންމާފައިވާ ނިންމުމެއްކަމުގައި އިސްތިއުނާފުކުރާ ފަރާތްތަކުން ބުނާތީ، އެ ނުކުތާއާ ގުޅިގެން ކުރުކޮށް ނަމަވެސް އެއްޗެއް ބުނަންޖެހޭކަމުގައި ދެކެމެވެ. އިދާރީގޮތުން އަޅާ ފިޔަވަޅެއްގެ ސަބަބުން މީހެއްގެ ނުވަތަ ބައެއްގެ ޙައްޤަކަށް އުނިކަން ލިބިއްޖެނަމަ، ނުވަތަ މުޖްތަމަޢުގެ ޙައްޤަކަށް އުނިކަމެއް ލިބިއްޖެކަމަށް ފެނިއްޖެނަމަ، އެކަމެއްގެ ސަބަބުން ސީދާ އަސަރު ފޯރަފާނެ ފަރާތްތަކުން އެކަން ކޯޓަށް ހުށަހެޅުމަކީ ޤާނޫނުއަސާސީގެ 43 ވަނަ މާއްދާގެ (ނ) އިން ކަށަވަރުކޮށްދީފައިވާ ޙައްޤެކެވެ. އެއީ އެފަދަ ނިންމުމަކީ ނުވަތަ ފިޔަވަޅަކީ ދައުލަތުގެ އެގްޒެކެޓިވް ނިންމުމެއް ކަމުގައިވީ ނަމަވެސް ނުވަތަ ޤާނޫނު ތަންފީޒުކުރުމުގެ ތެރެއިން އަޅާ ފިޔަވަޅެއް ކަމުގައިވީ ނަމަވެސްމެއެވެ. އެހެންކަމުން، ޑޮކްޓަރ މުޙައްމަދު ޖަމީލް އަޙްމަދު ވ. ރައްޔިތުންގެ މަޖިލިސް [2021] SC 72 މައްސަލައިގައި ކަނޑައަޅާފައިވާ އުސޫލުގެ ތެރެއިން އެފަދަ މައްސަލައެއް ހުށަހެޅިއްޖެނަމަ، އެކަމެއް ބެލުމުގެ އިޚްތިޔާރާއި ބާރު ޝަރުޢީ ކޯޓުތަކަށް ލިބިގެންވާކަން ފާހަގަކުރަމެވެ.
އިސްތިއުނާފީ ހަތަރުވަނަ ނުކުތާ
52މި މައްސަލައިގައި ހުށަހަޅާފައިވާ ހަތަރުވަނަ އިސްތިއުނާފީ ނުކުތާގައި، ހައިކޯޓުގެ ނިންމުމަކީ ހެއްކާބެހޭ ޤާނޫނުގެ 5 ވަނަ މާއްދާގައި ބަޔާންކުރާ ޑޮކިއުމަންޓްރީ އެވިޑެންސް ރޫލްއަށް ރަނގަޅަށް ރިޢާޔަތްނުކޮށް ނިންމާފައިވާ ނިންމުމެއް ކަމަށް އިސްތިއުނާފު ކުރާ ފަރާތްތަކުން ބުނެއެވެ. މި ނުކުތާގެ ތަފްސީލުގައި މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވަނީ މާކުރަތު ކޯޕަރޭޓިވް ސޮސައިޓީއަކީ އިރުމަތީ އަވަށު ރައްޔިތުން ކަމަށް ނިސްބަތްވާ ބަޔަކު ރަސްމީ ހައިސިއްޔަތެއް އޮވެގެން އުފައްދާފައި އޮތް ސޮސައިޓީއެއްކަންވެސް ކިތާބީ ހެކިތަކުން ސާފުނުވާހިނދު، އަދި ބިމުގެ މިލްކުވެރިކަމުގެ ޙައްޤު މާކުރަތު ކޯޕަރޭޓިވް ސޮސައިޓީއަށް ލިބެންޖެހޭ އެއްވެސް ކިތާބީ ހެއްކެއް މައްސަލައިގެ ތެރެއިން ހުށަހަޅާފައި ނުވާއިރު، ހައިކޯޓުގެ ނިންމުމުން މާކުރަތު ކޯޕަރޭޓިވް ސޮސައިޓީއަށް ބިމުގެ މިލްކުވެރިކަން ލިބިގެންވާކަމަށް ކަނޑައަޅާފައިވަނީ ގޯހުންކަމަށެވެ.
53މި ނުކުތާގެ ރައްދުގައި އިސްތިއުނާފު ރައްދުވާ ފަރާތްތަކުން ބުނެފައިވަނީ، 2002 ވަނަ އަހަރު މިނިސްޓްރީ އޮފް އެޓޯލްސްއިން ދޫކޮށްފައިވާ ބިމުގެ ރަޖިސްޓްރީއަކީ މާކުރަތު އިރުމަތީ އަވަށު ރައްޔިތުންގެ ނަމުގައި ރަޖިސްޓްރީ ކޮށްދީފައިވާ ބިމެއް ކަމާއި، މާކުރަތު އިރުމަތީ އަވަށު ރައްޔިތުންގެ ނަމުގައި ހިންގަމުންދާ ވިޔަފާރިތަކާއި ގެސްޓްހައުސް ހިންގުމަށް ޤާނޫނީ ހައިސިއްޔަތު ހޯދުމުގެ ގޮތުން މާކުރަތު އިރުމަތީ އަވަށު ރައްޔިތުންގެ އިސްނެގުމާއެކު އުފައްދާފައިވާ ޖަމާޢަތަކީ މާކުރަތު ކޯޕަރޭޓިވް ސޮސައިޓީ ކަމާއި، މި ބިމުގެ މިލްކުވެރިކަން ބަދަލުކުރުން އެންމެ ޙައްޤުވެރި ފަރާތަކީ މާކުރަތު ކޯޕަރޭޓިވް ސޮސައިޓީ ކަމުގައިވާތީ، ހައިކޯޓުގެ ނިންމުން ރަނގަޅު ކަމުގައެވެ.
54އަހުރެންގެ މި ރައުޔުގައި "މާކުރަތު އިރުމަތީ އަވަށް / މާކުރަތު ކޯޕަރޭޓިވް ސޮސައިޓީއަށް ލިބިގެންވާ މިލްކުވެރިކަމުގެ ޙައްޤު" މި ސުރުޚީގެ ދަށުން ހިމަނާފައިވާ ކަންކަމަކީ މި ނުކުތާއާ ސީދާ ގުޅޭ ކަންކަން ކަމުގައިވާތީ، އެކަން ފާހަގަކޮށް، ހެއްކާބެހޭ ޤާނޫނުގެ 5 ވަނަ މާއްދާގެ އަލީގައި ހުށަހަޅާފައިވާ މި ނުކުތާއަށް ބަލާލާނަމެވެ.
55HN8ހެއްކާބެހޭ ޤާނޫނުގެ 5 ވަނަ މާއްދާއަށް ބަލާއިރު، އެ މާއްދާގައި އޮންނަނީ "ޝަރީޢަތުން ނުވަތަ ޤާނޫނުން ލިޔުމެއް އޮތުން ލާޒިމުކުރާ ކަމެއްގައި ހެއްކެއް ކަމުގައި ބެލޭނީ ހަމަ އެ ލިޔުމެކެވެ. ނަމަވެސް އެ ލިޔުން ނެތުނީ ގަބޫލުކުރެވޭފަދަ ޢުޛުރަކުންކަން ޝަރީޢަތުގެ މަޖިލީހަށް ސާބިތުވާނަމަ އޭގެ ބަދަލުގައި އެހެން ހެކި ގަބޫލުކުރެވޭނެއެވެ" މި ފަދައިންނެވެ. އެހެންކަމުން، އެ މާއްދާގެ ނައްސަށް ބެލުމުން، ޝަރީޢަތުން ނުވަތަ ޤާނޫނުން ލިޔުމެއް އޮތުން ލާޒިމު ކުރާކަމެއްގައި ހެއްކެއްގެ ގޮތުގައި ބެލޭނީ އެފަދައަކުން ޝަރީޢަތުން ނުވަތަ ޤާނޫނުގައި ބަޔާންކުރާ ލިޔުމެއްކަން ސާފެވެ.
56މި މައްސަލައަށް ބަލާއިރު، ބިމުގެ ރަޖިސްޓްރީއަކީ ޤާނޫނުން ލާޒިމުކުރާ ލިޔުމެއް ކަމުގައިވާއިރު، އެއީ ބިމުގެ މިލްކުވެރިކަން ސާބިތުކުރުމަށް ބޭނުންކުރެވޭ އެންމެ ވަރުގަދަ އެއް ހެއްކެވެ. އެހެންކަމުން 2002 ވަނަ އަހަރު މިނިސްޓްރީ އޮފް އެޓޯލްސް އެޑްމިނިސްޓްރޭޝަންއިން ދޫކުރި ފުރަތަމަ ރަޖިސްޓްރީގައި ބިން ހަވާލުކުރެވުނު ފަރާތުގެ ގޮތުގައި "ރ. މާކުރަތު އޮފީސް/ މާކުރަތު އިރުމަތީ އަވަށް" މިފަދައިން ލިޔެފައި އޮތުމުން މި ބިމަކީ ރ. މާކުރަތު އިރުމަތީ އަވަށު ރައްޔިތުންނަށް ދޫކުރެވިފައިވާ ބިމެއް ކަމުގައި ބެލެވޭނެ ހެއްޔެވެ؟ ނުވަތަ މި ރަޖިސްޓްރީގެ އިތުރު ބަޔާނުގެ ބައިގައި މި ރަޖިސްޓްރީއަކީ، މާޅޮސްމަޑުލު އުތުރުބުރީ މާކުރަތުގައި ސަރުކާރުގެ ވަފުދުތަކާއި، ޓީމުތަކާއި، މެހެމާނުން ތިބުމަށް ހަދާފައިވާ 4514 (ހަތަރުހާސް ފަސްސަތޭކަ ސާދަ) އަކަފޫޓް ޢިމާރާތް ރ.މާކުރަތު އޮފީސް / މާކުރަތު އިރުމަތީ އަވަށު ރައްޔިތުންގެ ނަމުގައި ރަޖިސްޓްރީ ކޮށްދިނުމަށް އެ އަތޮޅުގެ އޮފީހުން އެދުމާ ގުޅިގެން، އެ ބިން ރ.މާކުރަތު އޮފީސް / މާކުރަތު އިރުމަތީ އަވަށު ރައްޔިތުންގެ ނަމުގައި ރަޖިސްޓްރީކޮށް ދިނުމަށްޓަކައި ހަދާފައިވާ ރަޖިސްޓްރީއެއް ކަމުގައި ބަޔާންކޮށްފައި އޮތުމުން މި ބިމާއި ޢިމާރާތުގެ މިލްކުވެރި ފަރާތަކީ ރ. މާކުރަތު އިރުމަތީ އަވަށު ރައްޔިތުން ކަމުގައި ބެލެވޭނެ ހެއްޔެވެ؟
57ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޒީނަތު ޙަސަން ވ. އައްޑޫ ސިޓީ ކައުންސިލް ޤަޟިއްޔާގައި ފަނޑިޔާރު ޙުސްނުއްސުޢޫދު ފާހަގަކުރައްވާފައިވަނީ ދައުލަތުގެ ކަމާބެހޭ ރަސްމީ އިދާރާއަކުން އޮޅުމަކުން ދޫކުރެވޭ ލިޔުމެއް ނުވަތަ އެ ނޫން ގޮތަކަށް ދޫކުރާ ލިޔުމަކީ، ނުވަތަ އެ ލިޔުމުން ބާރުދޭ މުޢާމަލާތަކީ، ޤާނޫނުގައި ވަކިގޮތަކަށް ޢަމަލުކުރުމަށް ލާޒިމުކޮށްފައިވާ ކަމެއްގައި، އެ ނޫން ގޮތަކަށް ޢަމަލުކޮށްފައިވާނަމަ، އެ ލިޔުމެއްގެ ޞައްޙަކަން ގެއްލިގެންދާނެ ކަމެއް ކަމުގައާއި، ހެއްކާބެހޭ ޤާނޫނުގެ 5 ވަނަ މާއްދާގައި ޝަރީޢަތުން ނުވަތަ ޤާނޫނުން ލިޔުމެއް އޮތުން ލާޒިމުކުރާ ކަމެއްގައި ހެއްކެއް ކަމުގައި ބެލެވޭނީ އެ ލިޔުމަށްކަމަށް ބަޔާންވެ އޮންނަ އޮތުމަކީ، އެފަދަ ލިޔުމެއް ވުޖޫދުވެފައިވާ ގޮތަކީ އިތުރަށް ބެލުމަށް އަދި ޖަދަލުކުރުމަށް އޮތް ހުރަހެއްނޫން ކަމުގައި ބަޔާންކުރައްވާފައިވެއެވެ. އެއީ ޤާނޫނުން ހިމާޔަތްކޮށްދޭނީ ޤާނޫނާ އެއްގޮތްވާގޮތުގެ މަތިން ހިންގާފައިވާ މުޢާމަލާތްތައް ކަމުގައިވެފައި، ޤާނޫނާ ޚިލާފަށް ހިނގާފައިވާ މުޢާމަލާތެއްގައި ދުރާލާ އެންގުމެއްނެތި، މުޢާމަލާތް ރޫޅިގެން ދިއުމުގެ ފުރުސަތު ބޮޑުއިރު، ރަޖިސްޓަރީއެއްފަދަ ޤާނޫނު ލާޒިމުކުރާ ލިޔުމަކުން، ޤާނޫނާ އެއްގޮތްވާގޮތުގެ މަތިން ކުރެވޭ މުޢާމަލާތްތަކަށް ލިބިދެވޭ ރައްކާތެރިކަން، ޤާނޫނާ ޚިލާފަށް ހިނގާ މުޢާމަލާތްތަކަށް ދެމިނޯންނާނެ ކަމުގައިވާތީ ކަމުގައި، އަދި ޤާނޫނު ހިމާޔަތްކޮށްދޭނީ ޤާނޫނުގައިވާ ކަންކަން ކަމުގައާއި، ޤާނޫނުގެ ބާރު ކެނޑޭ މޭރުމުން ހިނގާ ޢަމަލުތަކަށް އެ ހިމާޔަތް ލިބިގެންނުވާކަމުގައި އެ މައްސަލައިގައި އޮވެއެވެ.
58ސުޕްރީމް ކޯޓުގެ ޙައްވާ މުޙައްމަދު ވ. ހައްދުންމަތީ ފޮނަދޫ ކައުންސިލު އަދި ޙުސައިން މުޙައްމަދު [2023] SC 10 ޤަޟިއްޔާގައި ފަނޑިޔާރު ޙުސްނުއްސުޢޫދު ބަޔާންކުރައްވާފަދައިން، މުދަލެއްގެ މައްޗަށް މީހެއްގެ އަތުގެވެރިކަން ކިތަންމެ ގިނަދުވަހަކަށް އޮތް ނަމަވެސް، އެ މުދަލުގެ ފުރިހަމަ މިލްކުވެރިކަން އެ މީހަކަށް ނުލިބޭނެއެވެ. ސައްހަ މުއާމަލާތެއްގެ ތެރެއިން މީހަކަށް ލިބިފައިވާ ހައްގެއް، އެ މީހަކަށް އެ މުއާމަލާތުގެ ތެރެއިން ލިބުނު ހައްގުގެ މިންވަރަށްވުރެ އިތުރުވެގެން ނުދާނެއެވެ. މުދަލެއްގެ މައްޗަށް ތިމާއަށް ނެތް ހައްގެއް ނުވަތަ ތިމާއަށް އޮތް ހައްގަށްވުރެ މަތީ ހައްގެއް އެހެން މީހެއްގެ މައްޗަށް ނަގުލުނުކުރެވޭނެ އެވެ.
59ކުރިން ފާހަގަކޮށްފައިވާ ފަދައިން، މާކުރަތު ކޯޕަރޭޓިވް ސޮސައިޓީއަކީ ބިމުގެ ފުރަތަމަ ރަޖިސްޓަރީ ދޫކުރި ތާރީޚުގެ 15 (ފަނަރަ) އަހަރު ފަހުން ރަޖިސްޓަރީކޮށްފައިވާ ޝަޚްސެކެވެ. އިސްތިއުނާފު ރައްދުވާ ފަރާތްތަކުން ބުނާ ފަދައިން ޚުޞޫމާތް އުފެދިފައިވާ ބިމަކީ މާކުރަތު އިރުމަތީ އަވަށުގެ ރައްޔިތުން ކަމުގައިވާނަމަ، އެއީ ކޮން ފަރާތްތަކެއްކަން ސާފުވާން ޖެހެއެވެ. އެހެނީ އަމިއްލަ ފަރާތެއްގެ މިލްކުވެރިކަމުގެ ޙައްޤެއް ހިމެނޭގޮތަށް މުދަލެއް ލިބިދެވޭނަމަ، އެ މުދަލަކާއި ގުޅޭ ޙައްޤުތަކަކާއި ޒިންމާތައް އުފުލަންޖެހޭ ފަރާތެއް ނުވަތަ ފަރާތްތަކަކީ ކިބައިން ސާފުކޮށް އެނގޭގޮތަށް ކަނޑައަޅާފައި އޮންނަންޖެހޭ ކަމުގައިވެފައި، ޤާނޫނީގޮތުން މުދަލެއްގެ މިލްކުވެރިކަން ލިބިދެވޭނީ (އެކެއް ނުވަތަ އެއަށްވުރެ ގިނަ ނަމަވެސް) އިންސާނަކަށް ނުވަތަ / އަދި ޤާނޫނީ ޝަޚްސަކަށް ކަމުގައިވުމުން، މާކުރަތު އިރުމަތީ އަވަށަކީ ޤާނޫނީ ޝަޙްސަކަށް ނުވާތީ، "މާކުރަތު އިރުމަތީ އަވަށް" އަކީ ކޮބައިކަން އަދި އެ އަވަށަށް ނިސްބަތްވާ މީހުންނަކީ ކޮބައިކަން އެނގެން ނެތެވެ. އެހެންކަމުން، ކޮން ބައެއްކަން ސާފުކޮށް އެނގެން ނެތް ބައެއްގެ ފަރާތްތަކަކަށް މިލްކުވެރިކަން ލިބޭނެ ގޮތެއް، އަދި އެބަޔަކު މިލްކުވެރިކަން ބަދަލުކުރާނެ ގޮތެއް ނެތެވެ. ޤާނޫނުގައި މިލްކުވެރިކަން ބަދަލުކުރުމަށް އޮންނަނީ ވަކި ބާވަތްތަކެއްގެ މުޢާމަލާތްތަކެއްގެ ތެރެއިން ކަމުގައިވެފައި، އެއިން އެއްވެސް މުޢާމަލާތެއް ކުރުމަކާއި ނުލައި، ރަޖިސްޓަރީއާ ގުޅިގެން އުފެދޭ ޚުޞޫމާތެއްގެ ތެރެއިން، އަދި ޤާނޫނުގައި މިލްކުވެރިކަން ބަދަލުކުރުމަށް އޮންނަ އޮނިގަނޑުގެ ބޭރުން، ބިމެއްގެ މިލްކުވެރިކަން ބަދަލުވެއްޖެ ކަމުގައި ނުވަތަ ބަދަލުކުރަން ބޭނުން ކަމުގައި ބުނެވޭނެ ހާލަތެއް ނެތެވެ.
60އެހެންކަމުން، ޚުޞޫމާތް އުފެދިފައިވާ ބިމަށް ދޫކޮށްފައިވާ ފުރަތަމަ ރަޖިސްޓްރީގައި އެ ބިން ހަވާލުކޮށްފައިވަނީ "ރ. މާކުރަތު އޮފީސް/ މާކުރަތު އިރުމަތީ އަވަށް" މިފަދައިން ބަޔާންކޮށްފައި އޮތުމަކުން، އަދި އެ ބިމުގެ އަތުގެވެރިކަން އޮވެގެން އެ ބިމުގައި ވިޔަފާރިކޮށް، އެ ތަނުގައި ގެސްޓްހައުސް ހިންގުމުގެ ޤާނޫނީ ހައިސިއްޔަތު ހޯދުމުގެ ގޮތުން މާކުރަތު އިރުމަތީ އަވަށު ރައްޔިތުންގެ އިސްނެގުމާއެކު މާކުރަތު ކޯޕަރޭޓިވް ސޮސައިޓީ އުފެއްދުމަކުން، އެ ބިމުގެ މިލްކުވެރިކަން ބަދަލުކުރުން އެންމެ ޙައްޤުވެރި ފަރާތަކީ މާކުރަތު ކޯޕަރޭޓިވް ސޮސައިޓީ ކަމުގައި އިސްތިއުނާފު ރައްދުވާ ފަރާތްތަކުން ދެކުމަކީ، އެ ޙައްޤު އެފަރާތަށް ޤާނޫނީގޮތުން ނަގުލުވާ ގޮތެއް ނޫނެވެ.
61އެހެންކަމުން، ޚުޞޫމާތް އުފެދިފައިވާ ބިމާއި ޢިމާރާތުގެ އަތުގެވެރިކަން ރ. މާކުރަތު އޮފީހުގައި ނެތުމަކީ، އަދި އެ ޢިމާރާތަކީ މާކުރަތު ކޯޕަރޭޓިވް ސޮސައިޓީން ބަލަހައްޓަމުން ގެންގޮސްފައިވާ ތަނަކަށް ވުމަކީ އެތަނުގެ މިލްކުވެރިކަމުގެ ޙައްޤު އެއްވެސް އިރެއްގައި މާކުރަތު އިރުމަތީ އަވަށު ރައްޔިތުންނަށް ނުވަތަ މާކުރަތު ކޯޕަރޭޓިވް ސޮސައިޓީއަށް ލިބިދީފައިވާކަން ދަލާލަތުކޮށްދޭ ކަމެއްނޫން ކަމުގައި ވުމުގެ އިތުރުން، ޚުޞޫމާތް އުފެދިފައިވާ ބިމާއި ޢިމާރާތުގެ މައްޗަށް މާކުރަތު އިރުމަތީ އަވަށު ރައްޔިތުންނަށް ނުވަތަ މާކުރަތު ކޯޕަރޭޓިވް ސޮސައިޓީއަށް ފުރިހަމަ މިލްކުވެރިކަމުގެ ޙައްޤު އޮތްކަން މި މައްސަލައިގެ ހުށަހެޅިފައިވާ ކިތާބީ ހެކިތަކުން އެނގެން ނެތަތީ، ހައިކޯޓުގެ ނިންމުން ބާޠިލްކުރަންޖެހޭ ކަމުގައި އަހުރެން ދެކެމެވެ.
ކައުންސިލްގެ ސްޓޭންޑް ބަދަލުވުން
62މި މައްސަލައިގެ ދަޢުވާ ދަށުކޯޓަށް ހުށަހެޅުނުއިރު މާކުރަތުގެ ކައުންސިލްއަކީ ދައުވާ ރައްދުވާ ފަރާތް ކަމުގައި ވެފައި، އޭރު ކައުންސިލްގެ ފަރާތުން މި ބިމުގެ ޙައްޤުވެރިއަކީ މާކުރަތު ކައުންސިލް ނުވަތަ މާކުރަތު އޮފީސް ކަމުގައި ބުނެފައި ވީނަމަވެސް، މި މައްސަލަ ހައިކޯޓުގައި ހިނގަމުންދިޔައިރު، މާކުރަތު ކައުންސިލްގެ ސްޓޭންޑް ބަދަލުވެފައިވާތީ، މި ނުކުތާގައި ދިވެހިރާއްޖެގެ ހައިކޯޓުގެ ފަނޑިޔާރުން މާކުރަތު ކައުންސިލްއާ ސުވާލުކުރެއްވުމުން، ކައުންސިލްގެ ފަރާތުން ބުނެފައިވަނީ އެ ފަރާތުން އިސްތިއުނާފީ ލިޔެކިޔުންތައް ދިރާސާކޮށް، ރަށުގެ ދުވަސްވީ ކަމުގެވޮށިގެންވާ މީހުންނާ ބައްދަލުކޮށް ބެލުމުން މި ޢިމާރާތަކީ ރ. މާކުރަތު އިރުމަތީ އަވަށު މީހުންގެ ބުރަ މަސައްކަތާއި ފައިސާއިން ހަދާފައިވާ ޢިމާރާތެއް ކަމާއި މި ބިމަކީ އިރުމަތީ އަވަށު ރައްޔިތުންނަށް ރަޖިސްޓްރީ ކޮށްދީފައިވާ ބިމެއްކަން އެނގުމުން ކައުންސިލްގެ ސްޓޭންޑް ބަދަލުވީ ކަމުގައެވެ.
63ކައުންސިލްގެ ސްޓޭންޑް މިފަދައިން ކުއްލިއަކަށް ބަދަލުވެފައިވަނީ އަލަށް އިންތިޚާބު ކުރެވުނު ކައުންސިލް މެންބަރުންނަކީ ރ.މާކުރަތު ކޯޕަރޭޓިވް ސޮސައިޓީއަށް ނިސްބަތްވާ ކައުންސިލަރުން ތަކެއް އިސްވެ އުފެދުނު ކައުންސިލަކަށް ވާތީ ރައްޔިތުންގެ މަޞްލަޙަތު އެއް ފަރާތްކޮށް، ޒާތީ މަޞްލަޙަތު އިސްކޮށް ނިންމާފައިވާ ނިންމުމެއް ކަމުގައި އިސްތިއުނާފު ކުރާ ފަރާތްތަކުން ބުނެއެވެ. މި ބުނުމަށް އިތުރަށް ބާރު ލިބެނީ ރ.މާކުރަތު ކައުންސިލް އިދާރާގެ ރައީސާއި، ނާއިބު ރައީސާއި ކައުންސިލް މެންބަރުންގެ ތެރޭގައި ހިމެނޭ އެއްވެސް ފަރާތެއް، މާކުރަތު ކޯޕަރޭޓިވް ސޮސައިޓީއާ ދެމެދު އެއްވެސް ގުޅުމެއް އޮތްތޯ ސާފުކުރުމުގެ ގޮތުން ހައިކޯޓުން ސިޓީ ފޮނުވުމުން، މާކުރަތު ކައުންސިލް އިދާރާގެ ސިޓީއިން ކައުންސިލް އިދާރާ ތަމްސީލްކުރި އެ އިދާރާގެ މެންބަރު ރ.މާކުރަތު / ރަތްކަނދޮޅުގެ، ޢަބްދުއްޞަމަދު ޔޫސުފަކީ، މާކުރަތު ކޯޕަރޭޓިވް ސޮސައިޓީގެ މުއައްސިސުންގެ ތެރޭގައި ހިމެނޭ ފަރާތެއް ކަމާއި، ކައުންސިލްގެ ރައީސާއި ނާއިބު ރައީސަކީ މާކުރަތު ކޯޕަރޭޓިވް ސޮސައިޓީގެ މެންބަރުންގެ ގޮތުގައި މިހާރުވެސް ދަފްތަރު ކުރެވިފައިވާ ފަރާތްތަކެއް ކަމާއި، ކައުންސިލްގެ ރައީސް މުޙައްމަދު ރަމީޒަކީ މާކުރަތު ކޯޕަރޭޓިވް ސޮސައިޓީގެ ހިންގާ ކޮމެޓީގެ މަޤާމެއް އަދާކޮށްފައިވާ ފަރާތެއްކަން އެނގެން އޮތުމުންނެވެ.
ނިންމަން ފެންނަ ގޮތް
64އިސްވެ ބަޔާންކުރި ކަންކަން އެފަދައިން ހުރުމުން، ހައިކޯޓުގެ ނަންބަރު 2020/HC-N-A/14 ޤަޟިއްޔާގެ ޙުކުމުގައި، މިނިސްޓްރީ އޮފް އެޓޯލްސް އެޑްމިނިސްޓްރޭޝަނުގެ ނަންބަރު 2002/E-9/28 ބިމުގެ ރަޖިސްޓްރީގެ މައްޗަށް ނިސްބަތްވާ ގޯއްޗާއި، އެ ގޯތީގައި ހުރި ޢިމާރާތާއި މުދަލުގެ މިލްކުވެރިފަރާތަކީ މާކުރަތު ކޯޕަރޭޓިވް ސޮސައިޓީ ކަމަށް ކަނޑައަޅައި، އެ ބިމާއި، ޢިމާރާތުގެ ރަޖިސްޓްރީ މާކުރަތު ސޮސައިޓީގެ ނަމަށް ބަދަލުކުރުމަށް ދައުލަތުގެ ކަމާބެހޭ އިދާރާތަކުގެ މައްޗަށް އަމުރުކޮށްފައިވަނީ މިލްކުވެރިކަމާގުޅޭ ޤާނޫނީ މަފްހޫމްތަކާއި އުސޫލުތަކުގެ އިތުރުން، ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމުގައި ބެލެވޭނެ ހަމައެއް ނެތަތީ، ހައިކޯޓުގެ ޙުކުމް ބާޠިލްކުރުމަށް އަހުރެނަށް ފެނެއެވެ.
ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔު
65މި މައްސަލައިގައި ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ފަނޑިޔާރު މުޙައްމަދު ސަލީމްގެ ރައުޔު
66މި މައްސަލައިގައި ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ޙުކުމް
ދެންފަހެ، އިސްވެ ބަޔާންކުރެވުނު ސަބަބުތައް އެހެން ހުރުމުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2020/HC-N-A/14 ޤަޟިއްޔާއިން ކޮށްފައިވާ ޙުކުމް ބާޠިލުކޮށް، ރ. މާކުރަތު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 21/E9C/2018 ޤަޟިއްޔާގެ ޙުކުމަށް ތާއީދުކޮށް، ސުޕްރީމް ކޯޓުގައި މި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމްކޮށްފީމެވެ. މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ: (ރިޔާސަތު)
ފުޓްނޯޓު
- ރަޖިސްޓްރީ ނަންބަރު CS-0013/2017
- ސުޕްރީމް ކޯޓުގެ ނަންބަރު 26( 197-B3/305/2023/1 ސެޕްޓެންބަރު 2023 ) ސިޓީ
- އިސްމާޢީލް މުހައްމަދު، ކޯދު، ރ. މާކުރަތު،
- މިނިސްޓްރީ އޮފް އެޓޯލްސް އެޑްމިނިސްޓްރޭޝަންގެ ނަންބަރު 2002/E-9/28 "ރާއްޖެތެރޭގައި މީހުންއުޅޭ ރަށްރަށުން ސަރުކާރުގެ އެކި ފަރާތްތަކަށް ދޫކުރެވޭ ބިމުގެ ރަޖިސްޓްރީ" (21 މެއި 2002.)
- މާޅޮސްމަޑުލު އުތުރުބުރީ އަތޮޅު އޮފީހުގެ ނަންބަރު E-D/84/2002/35 (08 މެއި 2002) ސިޓީ
- މިނިސްޓްރީ އޮފް އެޓޯލްސް އެޑްމިނިސްޓްރޭޝަނުން ދޫކޮށްފައިވާ އެ މިނިސްޓްރީގެ ނަންބަރު 2002/E-9/28 (21 މެއި 2002) "ރާއްޖެތެރޭގައި މީހުން އުޅޭ ރަށްރަށުން ސަރުކާރުގެ އެކިފަރާތްތަކަށް ދޫކުރެވޭ ބިމުގެ ރަޖިސްޓަރީ"
- ރ. މާކުރަތު ކައުންސިލްގެ ނަންބަރު 09( 305(A)R-4/2017/05 ޖުލައި 2017) "މާޅޮސްމަޑުލު އުތުރުބުރީ މާކުރަތުން ސަރުކާރުގެ އެކިފަރާތް ތަކަށް ދޫކުރެވޭ ބިމުގެ ރަޖިސްޓްރީ"
- ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު) ގެ 139 ވަނަ މާއްދާ ހިމެނޭ ގޮތުގްރޭފަރަތަމަ އިލްމައިލް ޤާނޫނު ދިވެހި ސަރުކާރު ގެޒެޓްގައި ޝާއިޢު ކުރިއިރު، އެ މާއްދާވަނީ މި ރިޕޯޓުގައި ޙަވާލާދީފައިވާ ގޮތަށް ކަމާއި، ފަހުން މި ޤާނޫނަށް ގެނެވުނު އިސްލާހުތަކާ ގުޅިގެން މި ޤާނޫނުގެ މާއްދާތަކަށް (ނަންބަރުތަކަށް) ބަދަލު އައިސްފައިވާކަން ފާހަގަކުރަމެވެ.
- ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2020/HC-N-A/14 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގެ 10.5 ވަނަ ނުކުތާ.
- 13 އޮކްޓޫބަރު 2024 ގައި ސުޕްރީމް ކޯޓުގައި ބޭއްވުނު އަޑުއެހުމުގައި މާކުރަތު ކައުންސިލް އިދާރާގެ ރައީސް މުޙައްމަދު ރަމީޒް ދައްކަވާފައިވާ ވާހަކަފުޅު"
- 13 އޮކްޓޫބަރު 2024 ގައި ސުޕްރީމް ކޯޓުގައި ބޭއްވުނު އަޑުއެހުމުގައި ތަދައްޚުލްވެފައިވާ ފަރާތްތަކުގެ ފަރާތުން އިސްމާޢީލް މުޙައްމަދު ދައްކަވާފައިވާ ވާހަކަފުޅު"
- މި މަސައްކަތް ކުރުމަށް ހުށަހެޅި ޕްރޮޖެކްޓުގެ ޕްރޮޕޯސަލްގައި ޕްރޮޖެކްޓުގެ ނަމުގެ ގޮތުގައިވަނީ "ރ. މާކުރަތު ރައްޔިތުންގެ ގެސްޓްހައުސް ކަމުގައެވެ. އެހެންނަމަވެސް މިކަމާ ގުޅިގެން ބޭއްވިފައިވާ ރ.ކ ކޮމެޓީގެ ބައްދަލުވުންތަކުގައި "ރައްޔިތުންގެ ރަށްވެހިގެ" ވެސް މި ޕްރޮޖެކްޓުގެ ނިސްބަތްކޮށް ބޭނުންކޮށްފައިވާކަން ފާހަގަކުރެވެއެވެ.
- ރ.ކ ކޮމެޓީގެ ޔައުމިއްޔާ (މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 21/E9C/2018 ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ ސޮފްޓް ކޮޕީގެ ސަފްހާ 321-323)
- ރ.ކ ކޮމެޓީގެ 12 ފެބްރުވަރީ 2013 ވަނަ ދުވަހުގެ ޔައުމިއްޔާ (މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 21/E9C/2018 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ ސޮފްޓް ކޮޕީގެ ސަފްހާ 323)
- ޕްރޮޖެކްޓް ޕްރޮޕޯސަލް (މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 21/E9C/2018 ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ ސޮފްޓް ކޮޕީގެ ސަފްހާ 298-292)
- ރކ. ކޮމެޓީގެ 15 މާރިޗު 2002 ގެ ޔައުމިއްޔާގައިވާ އިބާރާތަށް ބަލާއިރު އެ ޔައުމިއްޔާގައިވަނީ: [މާކުރަތު ރައްޔިތުންގެ ރަށްވެހިގޭ ޢިމާރާތް މަސައްކަތް މިހާރު ގޮސްފައިވާ ހިސާބު ކޮމެޓީއަށް ސާފުކޮށްދެއްވުމުގެ މައްސަލައެވެ. މި މައްސަލައިގައި ރިޔާސަތުން ބުނުއްވީ މިހާރު ރައްޔިތުންގެ ގެސްޓްހައުސްގެ މަސައްކަތް ވަރަށް ބާރަށް މިވަގުތު ކުރިއަށް ދާކަމަށެވެ." މިފަދައިންނެވެ. ރ.ކ ކޮމެޓީގެ 04 ފެބްރުވަރީ 2002 ގެ ޔައުމިއްޔާގައިވަނީ: "]...[ މިރޭގެ ޖަލްސާގައި މެމްބަރުން ނިންމާފައިވަނީ ފެށޭ 2002 މާރިޗު 6 ވަނަ ދުވަހުގެ ޛުލްޙިއްޖާ މަހުގެ 22 ވަނަ ދުވަހު ރައްޔިތުންގެ ގެސްޓްހައުސް ބިންގާ އެޅުމަށް ފެންނަ ކަމަށާ އެ ދުވަހަށް ކަތީބު ޖައުފަރު ދާއޫދު އަށާއި އަކާސިޔ އިބްރާހީމާ ނަޞީރު އަށް ރަށަށް އައުމަށް ދައުވަތު ދިނުމާއެކު ކޮމެޓީގެ ސެކްރެޓަރީއާއި ތަފްސީލް ލިއެ ބެލެހެއްޓުން ކޮމެޓީގެ ނާއިބު ރައީސް ޢަދުނާން ޙުސައިންގެ ބެލުމުގެ ދަށުން ގެން ދި އުމާއި، ފައިސާ
- ރ.ކ ކޮމިޓީގެ 04 ފެބުރުވަރީ 2002 ގެ ޔައުމިއްޔާ (މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 21/E9C/2018 ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ ސޮފްޓް ކޮޕީގެ ސަފްހާ 327-328)
- ރ.ކ ކޮމެޓީގެ 12 ފެބްރުވަރީ 2013 ވަނަ ދުވަހުގެ ޔައުމިއްޔާ (މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 21/E9C/2018 ޤަޝިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ ސޮފްޓް ކޮޕީގެ ސަފްހާގެ 161)
- މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 21/E9C/2018 ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ 3 ވަނަ ނުކުތާ (ޞަފްހާ 25 ގެ 15) މީގެ އިތުރުން އަވަށުގެ ފަރާތުން ޢަބްދުއްﷲ ޖާބިރު، […]، ރ. މާކުރަތު، އަވަށު ރައްޔިތުންނަށް ފޮނުވާފައިވާ ދަންނަވާލުމެއްގައިވަނީ، [ރ.މާކުރަތުގައި އެކި ކަންކަމަށް ވަޑައިގަންނަވާ ބޭފުޅުންނަށް މެހެމާންދާރީ އަދާކުރުމަށްޓަކައި ބިމެއް ލިބުމާ ގުޅިގެން އެ ޢިމާރާތުގައި ކުރެހުންތައް ވަނީ ތައްޔާރުކޮށް ނިމިފައެވެ. މި ޢިމާރާތުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ މި ރަށުގެ ކަންކަމަށް އެހީވާ ފަރާތްތަކަށް ހުށަހަޅައިގެން ތަކެތި ލިބުމުން އަވަށު ރައްޔިތުން މަސައްކަތް ކުރާ ގޮތަށެވެ. ވީމާ މި މަސައްކަތުގައި ބައިވެރިވެލައްވަން ބޭނުންފުޅުވާ ފަރާތްތަކުން އެ ބޭފުޅެއްގ ނަމެ ދިމާލުގައި ސޮއިކުރެއްވުމަށް ދަންނަވަމެވެ". މި ފަދައިންނެވެ. (21 ފެބުރުވަރީ 2002 "ދަންނަވާލުމެއް" މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 21/E9C/2018ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ ސޮފްޓް ކޮޕީގެ ސަފްހާ 173(
- ރ.ކ ކޮމެޓީގެ 12 ފެބްރުވަރީ 2013 ވަނަ ދުވަހުގެ ޔައުމިއްޔާ (މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު E9C/2018/21 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ ސޮފްޓް ކޮޕީގެ ސަފްހާގެ 161(
- މި ސިޓީއަކީ މި މައްސަލައާ ގުޅިގެން ޝަރީޢަތަށް ހުށަހެޅިފައިވާ ލިޔެކިޔުންތަކުގައި ހިމެނޭ ސިޓީއެއް ނޫނެވެ. އެހެންނަމަވެސް، މިނިސްޓްރީ އޮފް އެޓޯލްސް އެޑްމިނިސްޓްރޭޝަންގެ ނަންބަރު 2002/E-9/28 ބިމުގެ ރަޖިސްޓްރީގެ އިތުރު ބަޔާނުގައި މި ސިޓީއަށް ހަވާލާދީ، މި ރަޖިސްޓްރީ އަކީ އަތޮޅު އޮފީހުގެ އެދުމުގެ މަތިން ހަދާދީފައިވާ ރަޖިސްޓްރީ އެއް ކަމުގައި ބަޔާންކޮށްފައިވެއެވެ.
- އބމ 6
- އެ ރަޖިސްޓްރީގައި ހަވާލާދީފައިވާ ގޮތުން، މި އުސޫލަކީ ދިވެހި ސަރުކާރުގެ ގެޒެޓު ވ. ނަންބަރު 44 އަދދަ 274 ގައި 17 ސެޕްޓންބަރެ 2015 ގައި ޝާއިޢުކޮށްފައިވާ އުސޫލެކެވެ.
- އބމ 7
- މި ދެވަނަ ރަޖިސްޓަރީގައި ބަޔާންކޮށްފައިވާ ގޮތުން، ބިމުގެ ވަގުތީ ރަޖިސްޓަރީ ހަދާދީފައިވަނީ 21 މެއި 2002 ގައެވެ. އަދި ބިމުގެ ދާއިމީ ރަޖިސްޓަރީ ހަދާދީފައިވަނީ 09 ޖުލައި 2017 ގައެވެ. މީގެ އިތުރުން، ދެވަނަ ރަޖިސްޓަރީގެ އިތުރުބައިގައި ބަޔާންކޮށްފައިވާ ގޮތުން، މިއީ ވަގުތީގޮތުން ހަދާފައިވާ ފުރަތަމަ ރަޖިސްޓަރީ ބާތިލުކޮށް ހަދާދެވުނު ރަޖިސްޓަރީއެވެ. 21 މެއި 2002 އަކީ ފުރަތަމަ ރަޖިސްޓަރީ ހަދާފައިވާކަމަށް ފެންނަން އޮތް ތާރީޚު ކަމުގައިވާހިނދު، އެ (ފުރަތަމަ) ރަޖިސްޓަރީގައި އެ ރަޖިސްޓަރީއަކީ ވަގުތީ ރަޖިސްޓަރީއެއް ކަމުގައި ބަޔާންކޮށްފައި ނުވާކަން ފާހަގަވެއެވެ.
- އބމ، ޕެރެގްރާފް 39.
- އބމ ގެ 30 އަދި 31 ވަނަ ޕްރެގްރާފް ގައި ފަނޑިޔާރު ހުސްނުއްސުޢޫދު ވިދާޅުވެފައިވަނީ "]...[ މުދަލަކީ އެ އެއްޗެއް ލިބިގަނެ، ބޭނުންކޮށް، ބޭނުންވެއްޖެ
- އބމ ގެ ޕްރެގްރާފް 32 ގައި ފަނޑިޔާރު ހުސްނުއްސުއޫދު ފާހަގަކުރައްވާފައިވާ ގޮތުން، "[...]މިލްކުވެރިކަމަކީ މުދަލެއްގެ މައްޗަށް މީހެއްގެ ވެރިކަން އޮވެ، އެ މުދަލަކުން ތަސައްރުފުކުރުމުގެ ބާރު އޭނާއަށް އޮތުމެވެ. މިލްކުވެރިކަމުގެ އެކިއެކި ދަރަޖަތައް ހުރެއެވެ. އަދި މިލްކުވެރިކަމުގެ އެކިއެކި ދަރަޖަތަކަށް ތަފާތު ނަންނަމުން މުޚާތަބުކުރެވި، އެ ދަރަޖަތަކުގެ ހައްގުތައް އެކަށައެޅި، އެއިން ކޮންމެ ދަރަޖައަކާ ގުޅިފައިވާ ހައްގުތަކުގެ އިން ކަނޑައެޅި ބަޔާންވެގެންވެއެވެ. އޭގެ ތެރޭގައި ފުރިހަމަ މިލްކުވެރިކަމާއި، އަތުގެވެރިކަމާއި، ކުއްޔަށްލިބިފައި އޮތުމާއި، ލިޔެދީފައި އޮތުމާއި، ހަވާލުކޮށްފައި އޮތުމާއި، ބޭނުންކުރުމުގެ ހައްގު އޮތުމާއި، ބޭނުންކޮށް މަންފާ ހޯދުމުގެ ހުއްދައޮތުން ހިމެނެއެވެ. ނަމަވެސް މިއިން އެއްވެސް ބާވަތެއްގެ މިލްކުވެރިކަމަކީ ނުވަތަ ހައްގަކީ ގައިދެއް ނެތި އަދި ވާޖިބުތަކަކާ ނުލައި ލިބިގެންވާ ހައްގުތަކެއް ނޫނެވެ. އެއީ ފުރިހަމަ މިލްކުވެރިކަމުގެ ނަމުގައި ލިބިގެންވާ މިލްކުވެރިކަމުގެ ހައްގުތައް ކަމުގައިވީ ނަމަވެހެވެ."
- ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑް ވ. މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ [2024] SC 17] (ނަންބަރު 2022/SC-A/31 ޤަޟިއްޔާ) ގެ 37 ވަނަ ޕެރެގްރާފް.
- ޤާނޫނު ނަންބަރު 1/2002 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) އަށް އަމަލުކުރަންފަށާފައިވަނީ 23 މެއި 2003 އިން ފެށިގެންނެވެ. ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނަށް އަމަލުކުރަންފެށުމުގެ ކުރިން، މުޅި ދިވެހިރާއްޖޭގައި އެކުލެވޭ ބިންތަކ ގުޅިގެނާ އަމަލުކުރާ ވަކި ޤާނޫނެއް ނޯވެއެވެ.
- މިސާލަކަށް: ޤާނޫނު ނަންބަރު 70/2 ޖ. (މާލޭގައިވާ ވަޤުފު ބިންތައް އެހެން ރަށަކަށް ބަދަލުކުރުމާއި މާލެއިން ބިން ވަޤުފުކުރުން މަނާކުރުމުގެ ޤާނޫނު)؛ ޤާނޫނު ނަންބަރު 71/28 ޖ. (އެއްފަރާތަކަށް މިލްކުވެފައިވާ ބިމެއްގައި އެހެން ފަރާތެއްގެ ތަކެތި ހުރުމުގެ ޤާނޫނު)؛ ޤާނޫނު ނަންބަރު 72/15 ޖ. (އެކަށީގެންވާ ޢިމާރާތެއް ނުހަދައި އަދި މީހުން ނޫޅޭ ބިން ސަރުކާރަށް ހިފުމުގެ ޤާނޫނު(؛ ޤާނޫނު ނަންބަރު 78/52 )މާލޭގެ ގޯތިގޯއްޗާއ ބިންބިމާއި ޢިމާރާތް ރަޖިސްޓަރީ ކުރުމުގެ ޤާނޫނު)؛ ޤާނޫނު ނަންބަރު 78/55 (މާލޭގެ ބަންޑާރަ ގޯތިގޯއްޗާއި ބިންބިމުން ވެލި، ގ ނަގާ، ދީ، ވިއްކާ ހެދުން މަނާކުރުމުގެ ޤާނޫނު)؛ ޤާނޫނު ނަންބަރު 78/59 (ރާއްޖޭގެ ބިނެ ކޮންނަނިކޮށް ފެންނަ ތަކެއްޗާ ބެހޭ ޤާނޫނު).
- އިބިމި 6
- އބމ 6
- މާކުރަތު ކޯޕަރޭޓިވް ސޮސައިޓީގެ ފަރާތުން ރ. މާކުރަތު ކޯޓުގައި ދަޢުވާކޮށްފައިވެސްވަނީ އެފަރާތަކީ މާކުރަތު އިރުމަތީ އަވަށް ތަމްސީލުކުރުމަށް އުފައްދާފައިވާ ޝަހުސެއްގެ ހައިސިއްޔަތުން ކަމުގައި ބުނެކަން މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 21/E9C/2018 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ 1 ވަނަ ޕެރެގްރާފު.
- މާކުރަތު ކޯޕަރޭޓިވް ސޮސައިޓީގެ އަސާސީ ގަވާއިދު (މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 21/E9C/2018 ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ ސޮފްޓް ކޮޕީގެ ސަފްހާ 216)
- މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 21/E9C/2018 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ ސޮފްޓް ކޮޕީގެ ސަފުހާ 188-215.
- މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 21/E9C/2018 ޤަސިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ 2 ވަނަ ނަންބަރު (އ).
- މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 21/E9C/2018 ޤަސިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ 2 ވަނަ ނަންބަރުގެ (އ).
- މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 21/E9C/2018 ޤަސިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ 2 ވަނަ ނަންބަރުގެ (ބ).
- ހައިކޯޓުގެ ނަންބަރު 2020/HC-N-A/14 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ 10.3.6 ގައި، ޤާނޫނު ނަންބަރު 24/76 (ހެއްކާބެހޭ ޤާނޫނު) ގެ 2 ވަނަ މާއްދާއަށް ހަވާލާދީ، ޝަރީޢަތުން ހުއްދަކޮށްގެން ހުށަހަޅާ ކޮންމެ ލިޔެކިޔުމަކީ ހެއްކެއް ކަމުގައި ބެލޭނެ ލިޔުމެއް ކަމުގައި ބަޔާންކޮށްފައިވެއެވެ. މިއީ އުސޫލެއްގެ ގޮތުން ކަން އޮންނަ ގޮތް ކަމުގައިވާ ނަމަވެސް، ހަސްމުންގެ ފަރާތުން އެފަރާތެއްގެ މަސްލަހަތުގައި އަމިއްލައަށް އުފައްދައިގެން ހުށަހަޅާ ލިޔެކިޔުމާއި ރަސްމީ ލިޔުންތަކާއި ފަރަޤު ހުންނަކަން، އަދި ހުށަހަޅާ ހެކީގެ މަސްދަރަށާއި ބާވަތަށާއި އެނޫންކަންކަމަށްވެސް ބަލައި، ހެކި ވަޒަންކުރުމުގައި ކޮންމެ (ކިތާބީ އަދި ޝަފަހީ ނަމަވެސް) ހެއްކަށްދޭނެ ބުރަދަން ތަފާތުވާނެކަން ފާހަގަކުރަމެވެ.
- އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ނަންބަރު 123-C3/305/2018/01 (27 ފެބްރުވަރީ 2018 ) ސިޓީއަށް ބަލާއިރު، ބިމުގައި ހަދާފައިވާ ފަރާތަކަށް ރައްޔިތުންގެ ފައިސާވެސް ހަރަދުކޮށްގެން ހަދާފައިވާ ތަނެއްކަމުގައިވާތީ، އެތަނަކީ ރައްޔިތުންގެ މުދަލެއް ކަމުގައާއި، އެތަން ބަލަހައްޓަންވާނީ އަދި އެތަންނާފިބޭ
- މިސާލަކަށް، ރަޖިސްޓަރީ ކުރާ ގޯއްޗެއް ހަވާލުކޮށްފައިވަނީ "ހަރުމަނިޔާ ގޯޅީގެ ރަށްވެހިން" އަށް ކަމުގައި ބަޔާންކުރުމުން އެއީ ކޮންބައެއްކަނ ސާފެއް ނުވެއެވެ. ހަމަ އެބީދައިން، އެކަކަށް ވުރެ ގިނަ މީހުންގެ މައްޗަށް ރަޖިސްޓަރީ ކުރާ ގޯއްޗެއް ހަވާލުކޮށްފައިވަނީ "އަލީނާ އީސާގެ ވާރިސުން" އަށް ކަމުގައި ބަޔާންކުރުމުންވެސް އެއީ ކޮންބައެއްކަނ ސާފެއް ނުވެއެވެ. ރަޖިސްޓަރީގައި ލިޔަންޖެހޭނ ގޯތީ ހަވާލުކޮށްފައިވާ ކޮންމެ މީހަކީ ކާކުކަން އެނގޭގޮތަށެވެ. އަދި އެއިން ކޮންމެ މީހަކަށް ލިބިގެންވާ މިލްކުވެރިކަމުގެ ހިއްސާގެ މިންވަރުވެސް ރަޖިސްޓަރީއިނ އެނގެން އޮންނަންވާނެއެވެ.
- މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 21/E9C/2018 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ 2 ވަނަ ނަންބަރުގެ (ބ)
- ރ.ކ ކޮމިޓީގެ 04 ފެބުރުވަރީ 2002 ގެ ޔައުމިއްޔާ (މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 21/E9C/2018 ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ ސޮފްޓް ކޮޕީގެ ސަފްހާ 327-328)
- ރ.ކ ކޮމިޓީގެ 04 ފެބުރުވަރީ 2002 ގެ ޔައުމިއްޔާ (މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 21/E9C/2018 ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ ސޮފްޓް ކޮޕީގެ ސަފްހާ 327-328 )
- މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 21/E9C/2018 ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ ސޮފްޓް ކޮޕީގެ ސަފްހާ 422-364 ނިޔަލަށް ހުށަހެޅިފައިވާ ތިޖޫރީ ރިޕޯޓުތަކާއި ފައިސާގެ ތަފްސީލްތައް)
- ހައިކޯޓު ރިޕޯޓުގެ 10.3.2 ވަނަ ނުކުތާ
- އެ ނިންމުމުގައިވާ ގޮތާއި ޚިލާފަށް، އިސްތިއުނާފު ކުރާ ފަރާތްތަކުން ދަށުކޯޓު އަދި ހައިކޯޓުގައިވެސް ބުނަމުން ގޮސްފައިވަނީ ފުރަތަމަ ރަޖިސްޓްރީއަށް ބެލުމުން، އެ ބިމާއި ޢިމާރާތަކީ މާކުރަތު އިރުމަތީ އަވަށު ރައްޔިތުންނަށް ރަޖިސްޓްރީ ކޮށްދީފައިވާ ބިމާއި ޢިމާރާތެއްކަން ސާފުވާކަމަށެވެ.
- ސްޓްރާޑާ ޕްރައިވެޓް ލިމިޖެޑް ވ.މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ [2024] SC 17 (ދިވެހިރާއްޖޭގެ ނަންބަރު 2022/SC-A/31 ޤަޟިއްޔާ)، ޕެރެގްރާފް 39.
- މި ނުކުތާގައި ހަވާލާދީފައިވަނީ ރ. މާކުރަތު ކޯޓުގެ ނަންބަރު 21/E9C/2018 ޤަޟިއްޔާގެ 3 ވަނަ ނުކުތާއަށް ކަމުގައިވާނަމަވެސް، އެ ރިޕޯޓުގައި 3 ވަނަ ނުކުތާއެއް ނެތެވެ. އިސްތިއުނާފުކޮށްފައިވާ ފަރާތުން ފާހަގަކޮށްފައިވާ ކަންކަން ބަޔާންކޮށްފައިވަނީ އެ ރިޕޯޓުގެ 2 ވަނަ ނުކުތާގެ (ނ) ގައި، ގޮތުގައެވެ. (މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 21/E9C/2018 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ ސޮފްސްކޮފީގެ ސަފްހާ 20 އިން 21 އަށް)
- ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު ވުޖޫދުވިފަހުން އެ ޤާނޫނަށް އިސްލާހުތަކެއް ގެނެސްފައިވާ ނަމަވެސް، އެއިން އެއްވެސް އިސްލާހަކުން އެ ޤާނޫނުގެ 136 ވަނަ މާއްދާއާއި 139 ވަނަ މާއްދާއަށް (ޤާނޫނަށް ގެންނަ އިސްލާހާއި ގުޅިގެން މާއްދާ ނަންބަރަށް ގެންނަ އިސްލާހު ހިމެނޭހެން) އެއްވެސް ބަދަލެއް ގެނެސްފައިވާކަން ފެންނަންނެތެވެ. އެހެންކަމުން، ދަށުކޯޓަށާއި ހައިކޯޓަށް މައްސަލަ ހުށަހެޅުމުގައާއި މައްސަލައަށް "ޖެލާބޭދަނުމާފައި" އަދި އެ ކޯޓުތަކުން މައްސަލައަށް ގޮތް ނިންމުމުގައި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ 139 "ވަނަ މާއްދާއަށް ހަވާލާދީފައިވަނީ އޮޅުމަކުންކަމުގައި ދެކެމެވެ.
- މިކަމުގެ އެހެން މިސާލަކަށް ބަލާނަމަ، ބިމާ ގުޅޭ މިލްކުވެރިކަމުގެ މައްސަލަތަކުގައި، އަމިއްލަ ފަރުދުންނަށް ދޫކޮށްފައިވާ ގޯތީގެ މިލްކުވެރިކަން (އެއީ ތަރިކައިން، ހިބައިން، ވިއްކުމަކުން ނުވަތަ އެހެންވެސް ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތަކުން ކުރެ ގޮތަކަށް) ޝަރީޢަތް މެދުވެރިކޮށް ބަދަލުކުރި ކަމުގައިވާނަމަވެސް، އެ ބިމެއްގެ ރަޖިސްޓަރީ ބަދަލުނުކޮށް ހުންނަ ހާލަތްތައް މެދުވެރިވެއެވެ. އެފަދަ ހާލަތެއްގައި، ރަޖިސްޓަރީގައި ވަކި ފަރާތެއްގެ ނަން އޮތްނަމަވެސް، އެ ބިމުގެ މިލްކުވެރިކަމުގެ ޙައްޤު އެހެން ފަރާތަކަށް ނަގުލުކޮށްފައި އޮތުމުން، ތަނުގެ އަސްލު މިލްކުވެރިކަން ލިބި އޮންނާނީ ޝަރީޢަތުން މިލްކުވެރިކަން ލިބިގެންވާކަމަށް ކަނޑައަޅާފައިވާ ފަރާތުގެ ކިބައިގައެވެ. އެފަރާތުން އެފަރާތުގެ ނަމުގައި ބިމުގެ ރަޖިސްޓަރީ ހެއްދުމުގައި ލަސްތަކެއް މެދުވެރިވުމަކީ މިލްކުވެރިކަމުގެ ޙައްޤު ނެތިދާކަމެއް ނޫނެވެ.
- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-A/80 ޤަޟިއްޔާ
- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2022/SC-A/06 ޤަޟިއްޔާގެ ޕެރެގްރާފް 40
- މި ރައުޔުގެ 38 ވަނަ ޕެރެގްރާފް
- Natural person
- Legal person
- ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2020/HC-N-A/14 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގެ 10.5 ވަނަ ނުކުތާ (10 މާރޗް 2022 ގައި ހައިކޯޓުގެ އުތުރު ގޮފީގައި ބޭއްވުނު ޝަރީޢަތުގެ އަޑުއެހުން)
- ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ އިސްތިއުނާފ ފޯމްގެ އިސްތިއުނާފީ ފުރަތަމަ ނުކުތާގެ ތަފްސީލް (ޞަފްޙާ 24-30)
- ހައިކޯޓު އުތުރު ގޮފީގެ ނަންބަރު 95-HC(N)305/2022/1 (16 މާރިޗު 2022) ސިޓީ
- މާކުރަތު ކައުންސިލް އިދާރާއަށް އިދާރާގެ ނަންބަރު 305-CA305/95/2022/1 ސިޓީ
- ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2020/HC-N-A/14 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގެ 10.7 ނުކުތާ
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 40 ވަނަ މާއްދާ (ހ)، (ށ)
- ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 43 ވަނަ މާއްދާގެ (ނ)
- ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު) ގެ 139 ވަނަ މާއްދާ (އަދި 136 ވަނަ މާއްދާ ފުޓްނޯޓް 56 ގައި)
- ޤާނޫނު ނަންބަރު 1/2002 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) – ޢަމަލުކުރަން ފެށި ތާރީޚް
- ޤާނޫނު ނަންބަރު 76/24 (ހެއްކާބެހޭ ޤާނޫނު) ގެ 2 ވަނަ މާއްދާ އަދި 5 ވަނަ މާއްދާ
- ސުޕްރީމް ކޯޓުގެ ގަވާއިދު 2020 ގެ 61 ވަނަ މާއްދާގެ (ހ) (ތަދައްޚުލްވުން)
- ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑް ވ. މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ [2024] SC 17 (2022/SC-A/31)
- ޙައްވާ މުޙައްމަދު ވ. ހދ. ފޮނަދޫ ކައުންސިލް އަދި ޙުސައިން މުޙައްމަދު [2023] SC 10 (2022/SC-A/06)
- ޒީނަތު ޙަސަން ވ. އައްޑޫ ސިޓީ ކައުންސިލް (2020/SC-A/80)
- ޑރ. މުޙައްމަދު ޖަމީލް އަޙްމަދު ވ. ރައްޔިތުންގެ މަޖިލިސް [2021] SC 72 (2019/SC-C/37)
ޝަރީޢަތުގެ ވީޑިއޯ
ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.