މިނިސްޓްރީ އޮފް އެޑިއުކޭޝަން (ދިވެހި ދައުލަތް) ވ. ޔުދްރާ
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- 2025/HC-A/123، 2434-Cv-C-2024
- ފަހުގެ ތާރީޚު
- —
ކޯ ޓާމްސް
ޚުލާޞާ
- ކޯޓަށް އައި ގޮތް
- ކުއްޖާ ޕްލޭ ސްކޫލުން ނާސަރީއަށް ބަދަލުނުކުރުމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ނިންމި ނިންމުމާ ދެކޮޅަށް ކުއްޖާގެ ބެލެނިވެރިޔާ ސިވިލް ކޯޓުގައި ދަޢުވާކުރިއެވެ. ސިވިލް ކޯޓުގެ 2434-Cv-C-2024 ޤަޟިއްޔާއިން، ސަރކިއުލަރ ކުއްޖާގެ މައްޗަށް ތަޠުބީޤުކުރުމަކީ ޤާނޫނު ނަންބަރު 24/2020 (ތަޢުލީމުގެ ޤާނޫނު) ގެ މާއްދާތަކާ ޚިލާފު ކަމެއް ނޫން ކަމަށް ކަނޑައަޅައި، އެދުނު ފަރުވާ ނުދިނެވެ. އެ ޙުކުމް ހައިކޯޓުގައި (2025/HC-A/123) އިސްތިއުނާފުކޮށް ވަގުތީ އަމުރަކަށް އެދުމުން، ހައިކޯޓުން އަޣުލަބިއްޔަތުން 95-B7/CHT/2025/2611 ވަގުތީ އަމުރު ނެރުނެވެ. ދައުލަތުން އެ ވަގުތީ އަމުރު ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރިއެވެ.
- ވާޤިޢާ
- 2024 ވަނަ ދިރާސީ އަހަރަށް ސްކޫލްތަކަށް ކުދިން ވެއްދުމުގެ ޢުމުރުފުރާތައް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ނަންބަރު 22-E/CIR/2024/06 ސަރކިއުލަރުން ކަނޑައެޅިއެވެ. އެ ސަރކިއުލަރގައިވާ ޢުމުރުފުރާ ހަމަނުވާތީ ކުއްޖާ ނާސަރީއަށް ބަދަލުނުކުރެވޭނެ ކަމަށް ސްކޫލާއި މިނިސްޓްރީން އެންގިއެވެ. ހައިކޯޓުގެ ވަގުތީ އަމުރުން، 15 މަސައްކަތު ދުވަހުގެ ތެރޭގައި ކުއްޖާ ނާސަރީން އެލް.ކޭ.ޖީއަށް ބަދަލުކުރުމަށް ދައުލަތަށް އެންގިއެވެ.
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ސިވިލް ކޯޓުން ނުދިން ފަރުވާ (ކުއްޖާ ނާސަރީން އެލް.ކޭ.ޖީއަށް ބަދަލުކުރުން)، އެ ޤަޟިއްޔާގެ އިސްތިއުނާފު ނިމުމުގެ ކުރިން ހައިކޯޓުން ވަގުތީ އަމުރަކުން ދިނުމަކީ، ނެކްސްބިޒް ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުޞޫލާ ޚިލާފަށް މައުޟޫޢީ ޙައްޤަށް ދާއިމީ ޙިމާޔަތް ކުރިއާލައި ދިނުމެއްތޯ.
- ޚަޞްމުންގެ ހުށަހެޅުންތައް
- ދައުލަތުން ބުނީ، 4 އަހަރު ފުރުމުގެ ކުރިން ކުއްޖާ އެލް.ކޭ.ޖީއަށް ބަދަލުކުރުމަށް އަމުރުކުރުމަކީ ޤާނޫނު ނަންބަރު 24/2020 (ތަޢުލީމުގެ ޤާނޫނު) ގެ 47 ވަނަ މާއްދާގެ (މ) އާއި ޤާނޫނު ނަންބަރު 13/2010 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ހ) އާ ޚިލާފު ކަމަށާއި، ފާޅުކަން ބޮޑު މައުޟޫޢީ ޙައްޤެއް ނެތް ކަމަށާއި، އަމުރަކީ ނެކްސްބިޒް ޤަޟިއްޔާގެ އުޞޫލާ ޚިލާފަށް މައުޟޫޢީ ޙައްޤު ސާބިތުކޮށްދިން އަމުރެއް ކަމަށެވެ. ކުއްޖާގެ ބެލެނިވެރިޔާ ބުނީ، ތަޢުލީމުގެ ޤާނޫނާ ގުޅޭ ނުކުތާތަކަކީ މައުޟޫޢީ މައްސަލައިގައި ބަހުސްކުރެވޭ ކަންކަން ކަމަށާއި، ބެލެންސް އޮފް ކޮންވީނިއެންސް ޓެސްޓް ތަޠުބީޤުކޮށްފައިވަނީ ޤާނޫނާ އެއްގޮތަށް ކަމަށާއި، ވަގުތީ އަމުރުން މައުޟޫޢަށް އަސަރުކުރާ ނިންމުމެއް ނުނިންމާ ކަމަށެވެ.
- ކޯޓުގެ ސަބަބުތައް
- އަޣުލަބިއްޔަތުން ކަނޑައެޅީ، ތަޢުލީމުގެ ޤާނޫނުގެ މާއްދާތަކާ ގުޅޭ ނުކުތާތަކަކީ ހައިކޯޓުގައި ހިނގަމުންދާ މައުޟޫޢީ މައްސަލައިގައި ބަހުސްކުރެވޭ ކަންކަން ކަމަށްވާތީ، އެކަމާމެދު މި މަރުޙަލާގައި ގޮތެއް ނުނިންމޭނެ ކަމަށެވެ. ސަރކިއުލަރގައި ޢުމުރުފުރާތައް ކަނޑައަޅާފައިވާއިރު، ބެލެނިވެރިޔާގެ ވާހަކަތަކުން ފާޅުކަން ބޮޑު މައުޟޫޢީ ޙައްޤެއް ނުފެނެއެވެ. ވަގުތީ އަމުރުން ދީފައިވަނީ ސިވިލް ކޯޓުގައި އެދުނު ފަރުވާ ކަމުން، އެއީ ހައިކޯޓުގެ މައިގަނޑު އިސްތިއުނާފީ ނުކުތާއާމެދު ގޮތް ނިންމުމާއި، ނެކްސްބިޒް ޤަޟިއްޔާގައި ބުނާ ފަދައިން މައުޟޫޢީ ޙައްޤަށް ދާއިމީ ހިމާޔަތް ކުރިއާލައި ދިނުން ކަމަށް ކަނޑައަޅައި، ވަގުތީ އަމުރު ބާޠިލުކުރިއެވެ.
ނިންމުން
ދަށުކޯޓުގެ ނިންމުން ބާޠިލުހައިކޯޓުގެ ވަގުތީ އަމުރު ބާޠިލު (އަޣުލަބިއްޔަތުން)
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 ހައިކޯޓުގައި ހިނގަމުންދާ މައުޟޫޢީ މައްސަލައިގެ ތެރެއިން ބަހުސްކުރެވޭ ކަންކަމާމެދު، ވަގުތީ އަމުރެއް އިސްތިއުނާފުކުރުމުގެ މަރުޙަލާގައި ސުޕްރީމް ކޯޓުން ގޮތެއް ކަނޑައެޅިދާނެކަމަށް ނުދެކެމެވެ.
HN2 ވަގުތީ އަމުރު ނެރުމުގައި ފުރިހަމަވާންޖެހޭ ޢާންމު ޝަރުޠުތަކުގެ ތެރެއިން އެއް ޝަރުޠަކީ ވަގުތީ އަމުރަށް އެދޭ ފަރާތަށް، ޤާނޫނީގޮތުން ޙިމާޔަތް ލިބެންޖެހޭ މައުޟޫޢީ ޙައްޤެއް ނުވަތަ ޤާނޫނީ މަރުކަޒެއް އޮތުމުގެ އިހްތިމާލު ފާޅުކަން ބޮޑުގޮތެއްގައި އޮތުމެވެ. އެފަދަ ޙައްޤެއް ނުވަތަ ޤާނޫނީ މަރުކަޒެއް އޮތުމުގެ އިހްތިމާލު އޮތްކަން ވަގުތީ އަމުރަށް އެދި ހުށަހަޅާ ވާޤިޢާތަކުން ސާފުވާންޖެހެއެވެ. އަދި މައްސަލައިގެ ޙަޤީޤަތްތަކުގެ މައްޗަށް ނުފީނައި އެކަން ފެންނަންޖެހޭނެއެވެ.
HN3 ކޯޓަށް ހުށަހެޅޭ މައްސަލައަކާ ގުޅިގެން ނެރެދެވޭ ވަގުތީ އަމުރުގައި އަސްލު މައްސަލާގައި ހިމެނޭ މައުޟޫޢީ ޙައްޤަށް ނުވަތަ ޤާނޫނީ މަރްކަޒަށް އަސަރުކުރުވަނިވި ފަދަ ގޮތަކަށް އެ ޙައްޤު ސާބިތުކޮށް ނުވަތަ ނަފީކޮށް ވަގުތީ އަމުރު ނެރުމުގެ ބާރު ކޯޓަށް ލިބިގެން ނުވެއެވެ. މި އުޞޫލާ ޚިލާފަށް އަމުރު ނެރެފިނަމަ، އެކަން ވެގެންދާނީ، އެ މައްސަލަ ބެލުމުގެ ކުރިން، މައްސަލައިގައި ހިމެނޭ މައުޟޫޢީ ޙައްޤަށް ނުވަތަ ޤާނޫނީ މަރްކަޒަށް ދާއިމީ ހިމާޔަތް ކުރިއާލައި ދެވުމެވެ.
HN4 ވަގުތީ އަމުރަކަށް އެދިފައިވަނީ ދަށު ކޯޓުގައިވެސް އެ ފަރާތުން ހޯދުމަށް އެދުނު ފަރުވާ ހޯދުމަށް ކަމަށްވާނަމަ، އެ ގޮތަށް ވަގުތީ އަމުރުން ނިންމުންވާނީ ހައިކޯޓަށް ހުށަހަޅާފައިވާ މައިގަނޑު އިސްތިއުނާފީ ނުކުތާއާމެދު ގޮތް ނިންމުމެވެ. މިއީ ނެކްސްބިޒް ލިމިޓެޑް (އޮސްޓްރޭލިއާ) ވ. އެންޓި-ކޮރަޕްޝަން ކޮމިޝަން ޤަޟިއްޔާގައި ބުނެފައިވާ ފަދައިން މައްސަލައިގައި ހިމެނޭ މައުޟޫޢީ ޙައްޤަށް ނުވަތަ ޤާނޫނީ މަރްކަޒަށް ދާއިމީ ހިމާޔަތް ކުރިއާލައި ދެވުމެވެ.
ވަކީލުންނާއި ފަނޑިޔާރުން
- ވަކީލުން
- —
- ބެންޗު
- ޙުސައިން ޝަހީދު (ރިޔާސަތު)، ޢަބްދުﷲ ޙަމީދު، ޑރ. މުޙައްމަދު އިބްރާހީމް
- ރިޔާސަތު
- ޙުސައިން ޝަހީދު
- ރައުޔު ލިޔުނު ފަނޑިޔާރު
- ޙުސައިން ޝަހީދު · ތާއީދުކުރެއްވީ: ޢަބްދުﷲ ޙަމީދު
- ޚިލާފު ރައުޔު
- އެބައޮތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.
ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔު،..... 11
ފަނޑިޔާރު ޢަބްދުﷲ ޙަމީދުގެ ރައުޔު،..... 13
ޙުކުމް،..... 13 بسم الله الرحمن الرحيم މިނިސްޓްރީ އޮފް އެޑިއުކޭޝަން (ދިވެހި ދައުލަތް) ވ. ޔުދްރާ [2025] SC 19 ފަނޑިޔާރު ޙުސައިން ޝަހީދުގެ ރަޢުޔު (ފަނޑިޔާރު ޢަބްދުﷲ ޙަމީދު ތާއީދު ކުރައްވާފައި)
ތަޢާރުފު
1މި މައްސަލައަކީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 95-B7/CHT/2025/2611 ވަގުތީ އަމުރު ނިންމާފައިވާ ގޮތް ޤާނޫނީ އުސޫލުތަކާ އެއްގޮތް ނުވާކަމަށް ބުނެ މިނިސްޓްރީ އޮފް އެޑިއުކޭޝަން (މީގެ ފަހުން "ދިވެހި ދައުލަތް") ގެ ފަރާތުން އެ އަމުރު އިސްތިއުނާފުކުރުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުމުން ބެލުނު މައްސަލައެވެ. މި މައްސަލައިގައި އިސްތިއުނާފު ރައްދުވަނީ ޔުދްރާ (މީގެ ފަހުން "އިސްތިއުނާފު ރައްދުވާފަރާތް") އަށެވެ.
މައްސަލައިގައި ކަންހިނގާފައިވާ ގޮތް
230 ޖަނަވަރީ 2024 ގައި މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ނެރުނު، ނަންބަރު 22-E/CIR/2024/06 ސަރކިއުލަރގެ ދަށުން 2024 ވަނަ އަހަރު ދިރާސީ އަހަރު ސްކޫލްތަކަށް ކުދިން ވެއްދުމާގުޅޭ ޢުމުރުފުރާތައް ކަނޑައަޅާފައިވާ ކަނޑައެޅުމާ ގުޅިގެން، އިސްތިއުނާފުރައްދުވާ ފަރާތުގެ ދަރިފުޅު، ޕްލޭ ސްކޫލުން ނާސަރީއަށް ޕްރޮމޯޓްވުމަށް ސަރކިއުލަރގައި ކަނޑައަޅާފައިވާ ޢުމުރުފުރާ ހަމަނުވާކަމަށް ކުއްޖާ ކިޔަވަމުންދާ ސްކޫލުކަމުގައިވާ ކެންގަރޫ ކިޑްސް އިން އެންގިއެވެ.
3މި އެންގުމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް 05 ފެބްރުއަރީ 2024 ގައި އިސްތިއުނާފުރައްދުވާ ފަރާތުން މިނިސްޓްރީ އޮފް އެޑިއުކޭޝަނަށް ސިޓީފޮނުވިއެވެ. މި ސިޓީއާ ގުޅިގެން 25 އެޕްރީލް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ފޮނުވި ސިޓީ'ގައި ސަރކިއުލަރގައި ބަޔާންކުރާ މުއްދަތަށް ކުއްޖާގެ ޢުމުރު ހަމަނުވާތީ، ނާސަރީއަށް ބަދަލުކުރެވެން ނެތްކަމަށް އެންގިއެވެ.
4މި ނިންމުން މުރާޖަޢާކުރުމަށް އިސްތިއުނާފުރައްދުވާ ފަރާތުން ހުށަހެޅުމުން، މިނިސްޓްރީގެ ނަންބަރު 22-E/INDIV/2024/926 (11 ޓޫން 2024) ސިޓީން އެ ނިންމުން ބަދަލުކުރެވެން ނެތްކަމަށް އަންގާފައިވާކަމަށް ބުނެ، މިނިސްޓްރީގެ ނިންމުމަކީ ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގެ 8ވަނަ މާއްދާއާއި، ތަޢުލީމުގެ ޤާނޫނުގެ 3ވަނަ މާއްދާގެ (ހ) އަދި (ނ) އާއި، އެ ޤާނޫނުގެ 6ވަނަ މާއްދާގެ (ހ) ގެ (6) އަދި (7) އަދި އެ ޤާނޫނުގެ 7، 9 އަދި 12ވަނަ މާއްދާއާއި އަދި ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 43ވަނަ މާއްދާގެ (ހ) އާ ޚިލާފު ނިންމުމެއްކަމަށް ކަނޑައަޅައިދިނުމަށް އެދި މިނިސްޓްރީގެ އޮފް އެޑިއުކޭޝަންގެ މައްޗަށް އިސްތިއުނާފުރައްދުވާ ފަރާތުން މައްސަލަ ހުށަހެޅިއެވެ. އެ މައްސަލަ ބެލީ ސިވިލް ކޯޓުގެ ނަންބަރު 2434-Cv-C-2024 ޤަޝިއްޔާއިންނެވެ.
5އެ ޤަޝިއްޔާގައި ސިވިލް ކޯޓުން ޙުކުމްކުރީ މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ "2024 ވަނަ ދިރާސީ އަހަރު ސްކޫލަށް ކުދިން ވެއްދުމާގުޅޭ" ސަރކިއުލަރއަކީ އެ މިނިސްޓްރީއަށް ތަޢުލީމުގެ ޤާނޫނުގެ ދަށުން ލިބިފައިވާ ބާރުގެ ތަރަހައިގެ ތެރެއިން އެކުލަވާލައި ޢާންމުކޮށްފައިވާ އުޞޫލަކަށްވާތީ، މި ސަރކިއުލަރ ކުއްޖާގެ މައްޗަށް ތަޢުބީޤުކުރުމުގައި ދަޢުވާގައި ޙަވާލާދީފައިވާ ތަޢުލީމުގެ ޤާނޫނުގެ މާއްދާތަކާ ޚިލާފުވެފައި ނުވާކަމަށް ކަނޑައަޅައި، އިސްތިއުނާފުރައްދުވާ ފަރާތުން މި މައްސަލައިގައި ނަގައިދިނުމަށް އެދިފައިވާ އެއްވެސް ފަރުވާއެއް ނަގައިދޭނެ ތަނެއް ނެތްކަމަށް ކަނޑައަޅައެވެ.
1 ނަންބަރު 22-SA/INDIV/2024/372 ސިޓީ
6ސިވިލް ކޯޓުގެ ނަންބަރު 2434-Cv-C-2024 ޤަސިއްޔާ އިސްތިއުނާފުކުރުމަށް ޔުދްރާ [REDACTED] ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅިއެވެ. ހައިކޯޓުގައި އެ މައްސަލަ ބަލަމުންދަނީ އެ ކޯޓުގެ ނަންބަރު 2025/HC-A/123 ޤަސިއްޔާއިންނެވެ. ދިވެހިރާއްޖޭގެ ހައިކޯޓުން އެ މައްސަލަ ބަލަމުން ދަނިކޮށް، އެ މައްސަލައިގެ ތެރެއިން ޔުދްރާ [REDACTED] ގެ ފަރާތުން ވަގުތީ އަމުރަކަށް އެދި ހުށަހެޅިއެވެ. މި ހުށަހެޅުމާ ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 95-B7/CHT/2025/2611 ވަގުތީ އަމުރު ނެރެފައިވެއެވެ. އެ އަމުރުގައި، އަމުރު ނެރޭ ތާރީޚުން ފެށިގެން، ލަސްވެގެން 15 (ފަނަރަ) މަސައްކަތު ދުވަހުގެ ތެރޭގައި، އިސްތިއުނާފުރައްދުވާ ފަރާތުގެ ދަރިފުޅު، ނާސަރީން އެލް.ކޭ.ޖީއަށް ބަދަލުކުރުމަށާއި، މި ބަދަލުގެ އިޖުރާއަތުތައް ފުރިހަމަކުރުމަށް ދިވެހި ދައުލަތާއި ކަމާބެހޭ އެންމެހާ ފަރާތްތަކަށް އަންގައި ހައިކޯޓުގައި އެ މައްސަލަ ބަލަމުންދާ ފަނޑިޔާރުން އަޣުލަބިއްޔަތުން އަމުރުކޮށްފައިވެއެވެ.
7މިއީ ބުނެވުނު ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 95-B7/CHT/2025/2611 ވަގުތީ އަމުރު އިސްތިއުނާފުކުރުމަށް ދިވެހި ދައުލަތުގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުމުން މި ކޯޓުން ނިންމިގޮތެވެ.
ހައިކޯޓުގެ ވަގުތީ އަމުރު
8ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2025/HC-A/123 ޤަސިއްޔާގައި އެ މައްސަލަ ބެލި ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ވަގުތީ އަމުރު ނެރެދޭން ފެންނަކަމަށް ނިންމާފައިވަނީ އަންނަނިވި ސަބަބުތަކުގެ މައްޗަށް ބުރަވެއެވެ.
8.1 ވަގުތީ އަމުރު ނެރުމުގައި ފުރަތަމަ ބަލަންޖެހޭނީ ސުޕްރީމް ކޯޓުގެ ނެކްސްބިޒް ލިމިޓެޑް (އޮސްޓްރޭލިއާ) ވ. އެންޓި-ކޮރަޕްޝަން ކޮމިޝަން މައްސަލައިގައި ބަޔާންކޮށްފައިވާ ޝަރުޠުތައް ޕްރައިމާ ފޭސީ މިންގަނޑަކުން ބަލާއިރު ފުރިހަމަވޭތޯ ކަމަށާއި، އެ ޝަރުޠުތައް ފުރިހަމަވުމުން، ވަގުތީ އަމުރެއް ނެރުމުގެ ސަބަބުން މައްސަލައިގެ ޚަޞްމުންނަށް ލިބިދާނެކަމަށް ބެލެވޭ ގެއްލުމުގެ އިޙްތިމާލުތައް ވަޒަންކުރުމުން، ގެއްލުންބޮޑު މަޞްލަޙަތު ޙިމާޔަތްކޮށް، އެފަދަ އަމުރަކާމެދު ޝަރީޢަތުން ގޮތެއް ނިންމަންޖެހޭކަން؛
8.2 މި މައްސަލައިގައި ވަގުތީ އަމުރު ނެރުމުގައި ފުރިހަމަވާންޖެހޭ ޝަރުޠުތައް ފުރިހަމަވާކަމަށާއި، މި ޙާލަތުގައި އިސްތިއުނާފުރައްދުވާ ފަރާތުގެ ދަރިފުޅަށް ލިބިދާނެ އިޢާދަނުކުރެވޭ ގެއްލުމާއި ހުޅުވިދާނެ ފްލަޑްގޭޓްގެ ފުރުޞަތު ހަނިކަމަށް ބެލެވޭ ސަބަބުތައް ހުރިއިރު، މި ޙާލަތުގައި ހަމައެކަނި ޢުމުރުގެ ހިސާބު ޢަދަދަށް ބެލުމުގެ ބަދަލުގައި، މައްސަލައިގެ ކުއްޖާގެ ޚާއްޞަ ޙާލަތަށް ރިޢާޔަތްކޮށް، ކުއްޖާގެ މަޞްލަޙަތަށް އިސްކަންދޭންޖެހޭކަން.
ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރެވުނު ނުކުތާތައް
9ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 95-B7/CHT/2025/2611 ވަގުތީ އަމުރު، ނިންމާފައިވާ ގޮތް ޤާނޫނީ އުޞޫލުތަކާ އެއްގޮތްނުވާކަމަށް ބުނެ އެ އަމުރު އިސްތިއުނާފުކުރުމަށް ދިވެހި ދައުލަތުގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅިއެވެ. އަދި ސުޕްރީމް ކޯޓުގައި އަންނަނިވި އިސްތިއުނާފީ 04 (ހަތަރެއް) ނުކުތާ ހުށަހަޅައި ވާހަކަދައްކާފައިވެއެވެ.
9.1 އިސްތިއުނާފުކުރެވޭ ހައިކޯޓުގެ ވަގުތީ އަމުރުގެ ދަށުން އިސްތިއުނާފުރައްދުވާ ފަރާތުގެ ދަރިފުޅަށް 4 (ހަތަރެއް) އަހަރު ފުރުމުގެ ކުރިން އެ ކުއްޖާ އެލް.ކޭ.ޖީއަށް ޕްރޮމޯޓްކުރުމަށް އަމުރުކޮށްފައިވަނީ ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 5ވަނަ މާއްދާގެ (ހ) ގައި ފަނޑިޔާރުންގެ ނިންމުންތައް ނިންމުމުގައި ފަނޑިޔާރުން ޢަމަލުކުރާނީ ޤާނޫނުއަސާސީއާއި ޤާނޫނަށްކަމަށް ބަޔާންކޮށްފައި އޮންނަ އޮތުމަށާއި، ތަޢުލީމުގެ ޤާނޫނުގެ 47ވަނަ މާއްދާގެ (މ) އާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާ.
9.2 އިސްތިއުނާފުކުރެވޭ ވަގުތީ އަމުރު ނެރުމުގައި އިސްތިއުނާފުރައްދުވާ ފަރާތުން ހުށަހެޅި ކުއްޖާގެ އެސެސްމަންޓް ރިޕޯޓްތަކަށް ބުރަދަންދީ، ހަމައެކަނި އެ އެސެސްމަންޓަށް ބިނާކޮށް އިސްތިއުނާފުރައްދުވާ ފަރާތުގެ ދަރިފުޅު އެލް.ކޭ.ޖީއަށް ޕްރޮމޯޓްކުރުމަށް އަމުރުކޮށްފައިވަނީ ތަޢުލީމުގެ ޤާނޫނުގެ 47ވަނަ މާއްދާގެ (މ) ގައި ޕްރީސްކޫލްގެ ޢުމުރުފުރާ އަކީ 4 (ހަތަރެއް) އަހަރުން ފެށިގެންކަމަށް އޮންނަ އޮތުމަށް ރިޢާޔަތްނުކޮށް، ޤާނޫނު ތަންފީޒުކުރުމަށް ސިޔާސަތު ކަނޑައެޅުމަށް ތަޢުލީމުގެ ޤާނޫނުގެ 12ވަނަ މާއްދާއާއި 13ވަނަ މާއްދާގެ (ހ) އިން މިނިސްޓްރީއަށް ލިބިދޭ ބާރު ހަނިވާގޮތަށްކަމަށް ބުނެ ހުށަހެޅި ނުކުތާ.
9.3 ވަގުތީ އަމުރެއް ނެރުމުގައި އިސްތިއުނާފުރައްދުވާ ފަރާތަށް މައުސޫޢީގޮތުން ހިމާޔަތް ލިބެންޖެހޭ މައުސޫޢީ ޙައްޤެއް ފާޅުކަންބޮޑު ގޮތެއްގައި ޤާއިމުވެގެންވާކަމަށް ކަނޑައަޅާފައިވަނީ ހައިކޯޓަށް ހުށަހެޅޭ އިސްތިއުނާފީ މައްސަލަތަކުގައި ވަގުތީ އަމުރު ނެރުމުގައި ބަލަންޖެހޭކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ޙާމިދު އިސްމާޢީލް ވ. މިނިސްޓްރީ އޮފް ޓޫރިޒަމް ޤަޟިއްޔާ އަދި އަޒްރޯވާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ވ. މިނިސްޓްރީ އޮފް ފިނޭންސް ޤަޟިއްޔާގައި ކަނޑައަޅާފައިވާ ޢުޞޫރުތަކާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާ.
9.4 ދިވެހިރާއްޖޭގެ ހައިކޯޓަށް އިސްތިއުނާފުރައްދުވާ ފަރާތުން ހުށަހެޅި މައްސަލައިގައި އެ ފަރާތުން ހޯދުމަށް އެދޭ އެއް ފަރުވާއަކީ އަދި މުޅި މައްސަލައިގެ ޚުޞޫމަތަކީވެސް އެ ފަރާތުގެ ދަރިފުޅު އެލް.ކޭ.ޖީއަށް ޕްރޮމޯޓްކުރުން ކަމުގައިވާއިރު، ހައިކޯޓުގެ އިސްތިއުނާފުކުރެވޭ ވަގުތީ އަމުރުގެ ދަށުން އިސްތިއުނާފުރައްދުވާ ފަރާތުގެ ދަރިފުޅު އެލް.ކޭ.ޖީއަށް ޕްރޮމޯޓްކޮށްފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނެކްސްބިޒް ލިމިޓެޑް (އޮސްޓްރޭލިއާ) ވ. އެންޓި-ކޮރަޕްޝަން ކޮމިޝަން ޤަޝިއްޔާގައި ވަގުތީ އަމުރު ނެރުމުގައި އެ މައްސަލައިގައި ހިމެނޭ މައުޝޫޢީ ޙައްޤަށް ނުވަތަ ޤާނޫނީ މަރުކަޒަށް އަސަރުކުރުވަނިވި ގޮތަކަށް ނުވަތަ އެ ޙައްޤު ސާބިތުކޮށް ނުވަތަ ނަފީކޮށް ވަގުތީ އަމުރު ނުނެރެވޭނެކަމަށް ބަޔާންކުރާ އުޞޫލާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާ.
އިސްތިއުނާފީ ނުކުތާތަކުގެ ރައްދު
10އިސްތިއުނާފީ ނުކުތާތަކުގެ ރައްދުގައި އިސްތިއުނާފުރައްދުވާ ފަރާތުން ބުނެފައިވަނީ، ދިވެހި ދައުލަތުގެ ފަރާތުން ހުށަހެޅި ފުރަތަމަ އަދި ދެވަނަ އިސްތިއުނާފީ ނުކުތާއަކީ ހައިކޯޓުގައި ކުރިއަށްދާ މައުޝޫޢީ މައްސަލައިގައި ބަހުސްކުރެވޭ ކަންކަން ކަމުގައިވާތީ، އެ ދެ ނުކުތާއާމެދު މި މައްސަލައިގައި ސުޕްރީމް ކޯޓުން ގޮތެއް ކަނޑައެޅިދާނެކަމަށް ނުފެންނަކަމަށެވެ. އަދި މިނިސްޓްރީގެ ސަރކިއުލަރ ރަޖުޢީކޮށް ތަޠުބީޤުކޮށްފައިވަނީ ތަޢުލީމުގެ ޤާނޫނާއި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ އުޞޫލުތަކާ ޚިލާފަށްކަމަށާއި، ވަގުތީ އަމުރު ނެރުމުގައި ބެލެންސް އޮފް ކޮންވީނިއަންސް ޓެސްޓް ތަޠުބީޤުކޮށްފައިވަނީ ޤާނޫނާ އެއްގޮތަށްކަމަށް ބުނެފައިވެއެވެ. މީގެ އިތުރުން، ދިވެހިރާއްޖޭގެ ހައިކޯޓުން ވަގުތީ އަމުރު ނެރުމުގައި މައްސަލައިގެ މައުޝޫޢަށް އަސަރުކުރާފަދަ ނިންމުމެއް ނިންމާފައިނުވާކަމަށް އިސްތިއުނާފުރައްދުވާ ފަރާތުން ބުނެފައިވެއެވެ. މި މައްސަލައިގައި ޝަރީޢަތުން ގޮތެއް ކަނޑައަޅަންޖެހޭ ކަންކަން
11ދިވެހި ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާތަކުގެ ތެރެއިން އިސްތިއުނާފީ ފުރަތަމަ ނުކުތާއާއި ދެވަނަ ނުކުތާއާ މެދު އަހަރެން ދެކޭގޮތް ފުރަތަމަ ބަޔާންކުރާނަމެވެ. އެއަށްފަހު، އިސްތިއުނާފުރައްދުވާ ފަރާތަށް މައުޝޫޢީގޮތުން ޙިމާޔަތް ލިބެންޖެހޭ މައުޝޫޢީ ޙައްޤެއް ފާޅުކަން ބޮޑު ގޮތެއްގައި ގާއިމުވެގެންވާކަމާމެދު ހުށަހެޅި ނުކުތާއަށް ޖަވާބު ދިނުމަށްފަހު، މައްސަލައިގެ މައުޟޫޢުގައި ގޮތް ކަނޑައެޅުމާމެދު ފާހަގަކޮށްފައިވާ ނުކުތާއަށް ޖަވާބުދޭނަމެވެ.
އިސްތިއުނާފީ ފުރަތަމަ އަދި ދެވަނަ ނުކުތާ
12ހައިކޯޓުގެ ވަގުތީ އަމުރު އިސްތިއުނާފުކުރުމަށް ދިވެހި ދައުލަތުގެ ފަރާތުން ހުށަހެޅި އިސްތިއުނާފީ ފުރަތަމަ އަދި ދެވަނަ ނުކުތާގައި ފާހަގަކޮށްފައިވަނީ އިސްތިއުނާފުރައްދުވާ ފަރާތުގެ ދަރިފުޅު އެލް...ޖީއަށް ޕްރޮމޯޓްކުރުމަށް އަމުރުކޮށްފައިވަނީ ފަނޑިޔާރުންގެ ޤާނޫނުގެ 5ވަނަ މާއްދާގެ (ހ) އާއި، ތަޢުލީމުގެ ޤާނޫނުގެ 47ވަނަ މާއްދާގެ (މ) އާއި، އެ ޤާނޫނުގެ 12ވަނަ މާއްދާއާއި 13ވަނަ މާއްދާގެ (ހ) އާ ޚިލާފަށްކަމަށެވެ.
13HN1ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން ބަލަމުންދާ ސިވިލް ކޯޓުގެ ނަންބަރު 2434-Cv-C-2024 ޤަޟިއްޔާއަށާއި، މި މައްސަލައާ ގުޅިގެން ދިވެހި ދަޢުލަތުގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ފާހަގަކޮށްފައިވާ ކަންކަމަށް ބަލާއިރު، ތަޢުލީމުގެ ޤާނޫނުގެ ޙަވާލާދެވުނު މާއްދާތަކަކީ ހައިކޯޓުގައި ހިނގަމުންދާ މައުޟޫޢީ މައްސަލައިގެ ތެރެއިން ބަހުސްކުރެވޭ ކަންކަން ކަމުގައި ފާހަގަކުރެވެއެވެ. ވުމާއެކު، އެ ނުކުތާތަކާމެދު މި މަރުޙަލާގައި ސުޕްރީމް ކޯޓުން ގޮތެއް ކަނޑައެޅިދާނެކަމަށް ނުދެކެމެވެ.
މައުޟޫޢީ ޙައްޤު
14HN2ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނެކްސްބިޒް ލިމިޓެޑް (އޮސްޓްރޭލިއާ) ވ. އެންޓި-ކޮރަޕްޝަން ކޮމިޝަން ޤަޟިއްޔާގައި ވަގުތީ އަމުރު ނެރުމުގައި ފުރިހަމަވާންޖެހޭ ޢާންމު ޝަރުޠުތަކެއްވާކަމަށް ބަޔާންކޮށްފައިވެއެވެ. އެ ޝަރުޠުތަކުގެ ތެރެއިން އެއް ޝަރުޠަކީ ވަގުތީ އަމުރަށް އެދޭ ގަރާތަށް، ޤާނާނީގޮތަން ޙިމާޔަތް ލިބެންޖެހޭ މައުޟޫޢީ ޙައްޤެއް ނުވަތަ ޤާނޫނީ މަރުކަޒެއް އޮތުމުގެ އިހްތިމާލު ފާޅުކަން ބޮޑުގޮތެއް ގައި އޮތުމެވެ.
15ނެކްސްޓި ލިމިޓެޑް (އޮސްޓްރޭލިއާ) ވ. އެންޓި-ކޮރަޕްޝަން ކޮމިޝަން ޤަޟިއްޔާގައި ބަޔާންކޮށްފައިވާ އުޞޫލުތަކަށް ބަލާއިރު، އެފަދަ ޙައްޤެއް ނުވަތަ ޤާނޫނީ މަރުކަޒެއް އޮތުމުގެ އިހްތިމާލު އޮތްކަން ވަގުތީ އަމުރަށް އެދި ހުށަހަޅާ ވާގިޢާތަކުން ސާފުވާންޖެހެއެވެ. އަދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އެސް.ޕީ.އެޗް ޕްރައިވެޓް ލިމިޓެޑް ވ. ޖުމެއިރާ މެނޭޖްމަންޓު ސަރވިސަސް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާގައި މައްސަލައިގެ ޙަޤީޤަތްތަކުގެ މައްޗަށް ނުފީނައި އެކަން ފެންނަންޖެހޭނެކަމަށް ބަޔާންކޮށްފައިވެއެވެ.
16ދިވެހި ދައުލަތުގެ ފަރާތުން ހުށަހެޅި އިސްތިއުނާފީ ތިންވަނަ ނުކުތާގައި ބުނެފައިވަނީ އިސްތިއުނާފުރައްދުވާ ފަރާތަށް މައުޟޫޢީގޮތުން ހިމާޔަތް ލިބެންޖެހޭ މައުޟޫޢީ ޙައްޤެއް ފާޅުކަންބޮޑު ގޮތެއްގައި ގާއިމުވެގެންވާކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ކަނޑައަޅާފައިވަނީ އެ ކޯޓުގެ ޙާމިދު އިސްމާޢީލް ވ. މިނިސްޓްރީ އޮފް ޓޫރިޒަމް ޤަޟިއްޔާ އަދި އެ ކޯޓުގެ އަޒްރޯވާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ވ. މިނިސްޓްރީ އޮފް ފިނޭންސް ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުޞޫލުތަކާ ޚިލާފަށް ކަމަށެވެ.
17އިސްތިއުނާފުކުރެވޭ ދިވެހިރާއްޖޭގެ ހައިކޯޓުގެ ވަގުތީ އަމުރުގައި ބުނެފައިވަނީ، ހައިކޯޓަށް ހުށަހަޅާފައިވާ ޤާނޫނީ ބަހުސަށާއި، ކުއްޖާގެ ހެދިބޮޑުވުމުގެ އަސާސީ ޙައްޤަށް ހުރަސްއެޅުމާ ގުޅުވައި، ކުއްޖާގެ މަޞްލަޙަތު އިސްކުރުމަށް ހުށަހަޅާފައިވާ ކަންކަމަށް ބަލާއިރު، އިސްތިއުނާފުކުރާ ފަރާތަށް ހިމާޔަތް ލިބެންޖެހޭ މައުޟޫޢީ ޙައްޤެއް އޮތްކަމަށެވެ.
18ހ ހައްސަލައިގައި އުފެދިފައިވާ ފުޞޫމަތަކީ، މިކިކްޓްރީ އޮފް އެޑިއުކޭ.ތަންގެ ނަންބަރު 22-E/CIR/2024/06 ސަރކިއުލަރގެ ދަށުން 2024 ވަނަ އަހަރު ދިރާސީ އަހަރު ސްކޫލްތަކަށް ކުދިން ވެއްދުމާގުޅޭ ޢުމުރުފުރާތައް ކަނޑައަޅާފައިވާ ކަނޑައެޅުމާ ގުޅިގެން، އިސްތިއުނާފުރައްދުވާ ފަރާތުގެ ދަރިފުޅު، ޕްލޭ ސްކޫލުން ނާސަރީއަށް ޕްރޮމޯޓްވުމަށް ސަރކިއުލަރގައި ކަނޑައަޅާފައިވާ ޢުމުރުފުރާ ހަމަނުވާކަމަށް ބުނެ، ކުއްޖާ ނާސަރީއަށް ބަދަލުނުކުރެވޭނެކަމަށް ނިންމުމާ ގުޅިގެން އެފެދުނު ޚުޞޫމާތެކެވެ.
19މިނިސްޓްރީގެ ނިންމުން ބާޠިލުކުރުމަށް އެދި އިސްތިއުނާފުރައްދުވާ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅުމުން އެ ކޯޓުގެ ނަންބަރު 2434-Cv-C-2024 ޤަޟިއްޔާގައި ނިންމާފައިވަނީ މިނިސްޓްރީގެ ސަރކިއުލަރ ކުއްޖާގެ މައްޗަށް ތަޠުބީޤުކުރުމުގައި ދަޢުވާގައި ޙަވާލާދީފައިވާ ތަޢުލީމުގެ ޤާނޫނުގެ މާއްދާތަކާ ޚިލާފުވެފައި ނުވާކަމަށް ކަނޑައަޅައި، އެދިފައިވާ ފަރުވާ ނަގައިދޭނެ ތަނެއް ނެތްކަމަށް ކަނޑައަޅައި ކަމަށްވާއިރު، މި މައްސަލައިގައި، އުފެދިފައިވާ ޚުޞޫމާތް ބިނާވާ އަސާސީ ނައްސަކީ ތަޢުލީމުގެ ޤާނޫނާއި މިނިސްޓްރީގެ ސަރކިއުލަރކަން އެނގެއެވެ. އަދި މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ނަންބަރު 22-E/CIR/2024/06 ސަރކިއުލަރގައި ސްކޫލަށް ކުދިން ވެއްދުމާއި އެއް ސްކޫލުން އަނެއް ސްކޫލަށް ދަރިވަރުން ބަދަލުކުރުމުގައި ޢުމުރުފުރާތައް ބަލާނެގޮތްތައް ބަޔާންކޮށްފައިވާއިރު، މި މައްސަލައިގައި އިސްތިއުނާފުރައްދުވާ ފަރާތުން ދައްކާފައިވާ ވާހަކަތަކުން އެ ފަރާތަށް ޤާނޫނީ ގޮތުން ހިމާޔަތްލިބެންޖެހޭ މައުޟޫޢީ ޙައްޤެއް ފާޅުކަން ބޮޑު ގޮތެއްގައި އޮތްކަމަށް އަހުރެންނަށް ނުފެނެއެވެ.
މައްސަލައިގެ މައުޟޫއާމެދު ގޮތް ނިންމުން
20މި މައްސަލައިގައި އިސްތިއުނާފުރައްދުވާ ފަރާތުން ހޯދުމަށް އެދޭ އެއް ފަރުވާއަކީ އަދި މުޅި ލައްސަލައިގެ ޚުޙިވަތަކީވެސް އެ ފަރާތުގެ ދަރިފުޅު އެލް.ކޭ.ދީއަށް ޕްރޮކޯންކުރުން ކަހުގައިކާއިރު، ޙައިކޯޓުގެ އިސްތިއުނާފުކުރެވޭ ވަގުތީ އަމުރުގެ ދަށުން އިސްތިއުނާފުރައްދުވާ ފަރާތުގެ ދަރިފުޅު އެލް.ކޭ.ޖީއަށް ޕްރޮމޯޓްކުރުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނެކްސްބިޒް ލިމިޓެޑް (އޮސްޓްރޭލިއާ) ވ. އެންޓި-ކޮރަޕްޝަން ކޮމިޝަން މައްސަލައިގައި ކަނޑައަޅާފައިވާ އުޞޫލާ ޚިލާފުވާކަމަށް ދިވެހި ދައުލަތުގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ފާހަގަކޮށްފައިވެއެވެ.
21HN3ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނެކްސްބިޒް ލިމިޓެޑް (އޮސްޓްރޭލިއާ) ވ. އެންޓި-ކޮރަޕްޝަން ކޮމިޝަން މައްސަލައިގައި، "ކޯޓަށް ހުށަހެޅޭ މައްސަލައަކާ ގުޅިގެން ނެރެދެވޭ ވަގުތީ އަމުރުގައި އަސްލު މައްސަލާގައި ހިމެނޭ މައުޟޫޢީ ޙައްޤަށް ނުވަތަ ޤާނޫނީ މަރްކަޒަށް އަސަރުކުރުވަނިވި ފަދަ ގޮތަކަށް އެ ޙައްޤު ޠާބިތުކޮށް ނުވަތަ ނަފީކޮށް ވަޤުތީ އަމުރު ނެރުމުގެ ބާރު ކޯޓަށް ލިބިގެން ނުވާ" ކަމުގައި ބަޔާންކޮށްފައިވެއެވެ. އަދި އިތުރަށް މި އުސޫލާ ޚިލާފަށް އަމުރު ނެރެފިނަމަ، އެކަން ވެގެންދާނީ، "އެ މައްސަލަ ބެލުމުގެ ކުރިން، މައްސަލައިގައި ހިމެނޭ މައުޟޫޢީ ޙައްޤަށް ނުވަތަ ޤާނޫނީ މަރްކަޒަށް ދާއިމީ ހިމާޔަތް ކުރިއާލައި ދެވުން" ކަމުގައި އެ މައްސަލައިގައި ބަޔާންކޮށްފައިވެއެވެ.
22މި އުޞޫލު މި މައްސަލައަށް ތަޠުބީޤުކުރާއިރު، އިސްތިއުނާފުރައްދުވާ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި ދަޢުވާގައި އެދިފައިވާ ކަންކަމުގެ ތެރޭގައި، އިސްތިއުނާފުރައްދުވާ ފަރާތުގެ ދަރިފުޅު ހިނގަމުންދާ 2024ވަނަ އަހަރުގެ ދިރާސީ އަހަރު ޕްލޭ ސްކޫލް ލެވެލްއިން ނާސަރީގައި ކިޔެވުމުގެ ފުރުޞަތު ލިބެންޖެހޭކަމަށް އަދި އޭގެ ފަހުން އުނގެނުމުގެ ފެންވަރު ބެލުމުގެ މިންގަނޑުތަކާ އެއްގޮތަށް އެއް ގްރޭޑުން އަނެއް ގްރޭޑަށް އަހަރުން އަހަރަށް ޕްރޮމޯޓްވުމުގެ ފުރުޞަތު ލިބެންޖެހޭކަމަށް ކަނޑައަޅައިދިނުމަށް އެދިފައިވެއެވެ. އަދި އިސްތިއުނާފުރައްދުވާ ފަރާތުން އެދިފައިވާ ފަދައިން އެޑިއުކޭޝަން މިނިސްޓްރީއަށް އަންގާނެ ތަނެއް ނެތްކަމަށް ކަނޑައެޅުމުން، އެ މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރަމުން ސިވިލް ކޯޓުގެ ނިންމުން ބާޠިލުކޮށްދިނުމަށް އެދިފައިވެއެވެ.
23HN4ދިވެހިރާއްޖޭގެ ހައިކޯޓަށް މައްސަލަ ހުށަހެޅުނުއިރު ކުއްޖާ ކިޔަވަމުން އައީ ނަރސަރީގައިކަން މި މައްސަލައިގައި ދެފަރާތުން ދައްކާފައިވާ ވާހަކަތަކުން އެނގެއެވެ. އިސްތިއުނާފުރައްދުވާ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާތަކަށް ބަލާއިރު، ހުށަހަޅާފައިވާ އިސްތިއުނާފީ ބަހުސަކީ ސަރކިއުލަރގައި ކަނޑައަޅާފައިވާ ޢުމުރު ހަމަނުވާކަމަށް ބުނެ ނާސަރީއަށް ބަދަލު ނުކުރެވޭނެކަމަށް ނިންމި ނިންމުން ބާޠިލުކޮށް، ކުއްޖާ ޕްރޮމޯޓްކުރުންކަން އެނގެއެވެ. އަދި އެ ފަރާތުން އެދެނީ ސިވިލް ކޯޓުގެ ނިންމުން ޤާނޫނާ ޚިލާފުވާކަމަށް ބުނެ އެ ނިންމުން ބާޠިލުކުރުމަށް ކަމަށްވާއިރު، ދިވެހިރާއްޖޭގެ ހައިކޯޓުގައި ވަގުތީ އަމުރަކަށް އެދިފައިވަނީ މި މައްސަލައިގައި ސިވިލް ކޯޓުގައިވެސް އެ ފަރާތުން ހޯދުމަށް އެދޭ ފަރުވާ ހޯދުމަށްކަން ފާހަގަކުރެވެއެވެ. އެހެންކަމުން، އެ ގޮތަށް ވަގުތީ އަމުރުން ނިންމުންވާނީ ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވާ މައިގަނޑު އިސްތިއުނާފީ ނުކުތާއާމެދު ގޮތް ނިންމުމެވެ. މިއީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނެކްސްބިޒް ލިމިޓެޑް (އޮސްޓްރޭލިއާ) ވ. އެންޓި-ކޮރަޕްޝަން ކޮމިޝަން ޤަޝިއްޔާގައި ބުނެފައިވާ ފަދައިން މައްސަލައިގައި ހިމެނޭ މައުޟޫޢީ ޙައްޤަށް ނުވަތަ ޤާނޫނީ މަރްކަޒަށް ދާއިމީ ހިމާޔަތް ކުރިއާލައި ދެވުންކަމަށް އަހުރެންނަށް ޤަބޫލުކުރެވެއެވެ.
24އެހެންކަމުން، މަތީގައި ބަޔާންކުރެވުނު ސަބަބުތައް އެހެން ހުރުމާއެކު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 95-B7/CHT/2025/2611 ވަގުތީ އަމުރު، ނިންމާފައިވަނީ ޤާނޫނީ އުޞޫލުތަކާ އެއްގޮތަށްކަމުގައި ނުވާތީ، އެ އަމުރު ބާޠިލުކުރުމަށް އަހުރެންނަށް ފެނެއެވެ.
ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔު
25މިމައްސަލާގައި ފަނޑިޔާރު ހުސައިން ޝަހީދުގެ ރައުޔާއި އަހުރެންގެ ރައުޔު ތަފާތެވެ. ވަގުތީ އަމުރު ނެއެކެ ހިންނުގައި ޢަޙަނުކުރާ އުސޫނުޔަކަށް، ކަނާއިތު، ޢަކުދީ ޢަޤުމެއް ކެއެއިކީކުމަށް އެއޭގެ ޚާޕަޢުކައި އެކަޢަ. އަމުރެއް ނެރެ ފިޔަވަޅު ނާޅައިފިނަމަ، ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގައި ޙުކުމްކުރެވޭއިރު، އެ ޙުކުމުގެ މަޤްސަދު ޙާސިލުނުވެ ހިނގައިދާނެކަމަށް ޤަބޫލުކުރެވޭ ސަބަބުތަކެއް ހުރެއްޖެނަމަ، ނުވަތަ މައްސަލައިގައި ހިމެނޭ ދެފަރާތުންކުރެ ފަރާތަކަށް ގެއްލުމެއް ލިބިދާނެކަމަށް ފަނޑިޔާރަށް ފެނިއްޖެނަމަ ވަގުތީ އަމުރެއް ނެރެދިނުމުގެ ބާރު ފަނޑިޔާރަށް ލިބިގެންވާކަން ސުޕްރީމް ކޯޓުގެ އެއް ޤަޟިއްޔާއަށް ވުރެ ގިނަ މައްސަލަތަކުގައި ތަކުރާރުކޮށްފައިވާކަން އެނގެއެވެ.
26މިގޮތުން ވަގުތީ އަމުރަކަށް އެދި ހުށަހެޅުމުން ސަބަބުވެރި އިންސާނެއްގެ ވިސްނުމުން ވިސްނައި، ހަމަ އެވަގުތު ފިޔަވަޅެއް ނާޅައިފިނަމަ، އެކަމުގެ ނަތީޖާ އެހެންގޮތަކަށް ބަދަލުވެ އިންސާފަށް ހުރަސް އެޅިދާނެ ކަންކަމަށް ވާންވާނެއެވެ.
27ކުރިމަތީގައި މި މައްސަލައިގައި އޮތް ޙާލަތަކީ، ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގައި ޙުކުމެއް ކުރުމުގެ ކުރިން ވަގުތީ ފިޔަވަޅެއް ނާޅައިފިނަމަ، މައުޟޫޢީ މައްސަލައިގައި ޙުކުމެއް ކުރެވޭއިރު އެ ޙުކުމުގެ މަޤްސަދު ޙާޞިލުނުވެ ތަންފީޒު ނުވުމުގެ އިޙްތިމާލު ވުޖޫދުވުމެވެ. މި މައްސަލައިގައި އޮތް މައުޝޫއަކީ ތުއްތު ކުއްޖެއްގެ ތައުލީމު ހައްގެވެ. މުޅި މައްސަލައިގެ މިޙްވަރު އެނބުރެނީ އުމުރުގެ މައްޗަށެވެ. އިސްތިއުނާފު ރައްދުވާ ފަރާތުން ދެކޭގޮތުގައި އޭނާގެ ދަރިފުޅަށް މިހާރު ހުރި އުމުރުގައި މި އަހަރު (2025 ވަނަ އަހަރު) އެލްކޭޖީގައި ކިޔެވުމުގެ ފުރުސަތު ލިބެންޖެހޭނެކަމަށް ދެކޭހިނދު، ހައިކޯޓުން މައުޟޫޢީ މައްސަލަ ނިންމާހިނދު، އެފުރުސަތު އިސްތިއުނާފު ރައްދުވާ ފަރާތުގެ ދަރިފުޅަށް ލިބިދެވެންޖެހޭކަމަށް ނިންމައިފި ހިނދަކު، ދިރާސީ އަހަރުގެ ބޮޑުބައެއް ފާއިތުވެފައިވުން ނުވަތަ އަހަރު ނިމިފައިވާނަމަ، ހައިކޯޓުގެ އެ ނިންމުމުގެ މަޤުސަދު ޙާޞިލުނުވެ ތަންފީޒުވުން މުސްތަޙީލު ކަމަކަށްވެ އިންސާފަށް ހުރަސް އެޅިދާނެކަމަށް ދެކެމެވެ. އުމުރަކީ ހިނގަހިނގާ ހުންނަ އެއްޗެކެވެ. އެއީ ޢިއާދަކުރެވޭނެ ކަމެއް ނޫނެވެ. އަދި ބަދަލުން މިނެކިރޭނެ އެއްޗެއްވެސް ނޫނެވެ.
28ކަންމިހެން އޮތްއިރު، ދިވެހިރާއްޖޭގެ ހައިކޯޓުން އެ ނޫންގޮތަކަށް ކަނޑައަޅަންދެން އިސްތިއުނާފު ރައްދުވާ ފަރާތުގެ ދަރިފުޅު 03 ޖުލައި 2025 ދުވަހުން ފެށިގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި ނާސަރީ އިން އެލް.ކޭ.އަށް ބަދަލުކުރުމަށް އަންގާފައި އޮތް އޮތުން ރަނގަޅުނޫން ކަމަށް ދެކި ދައުލަތުން ފާހަގަކޮށްފައިވާ ކަންކަމަށް ބިނާކޮށް، އެ އަމުރު ބާތިލުކުރަންޖެހޭ ސަބަބެއް އަހުރެންނަށް އިޤްތިނާއު ވާވަރަށް ދައުލަތަށް ބުނެދެވިފައި ނުވެއެވެ.
29އެހެންކަމުން، ހައިކޯޓުގެ ނިންމުން ދަމަހައްޓަން ޖެހޭކަމަށް އަހުރެންނަށް ބުރަވެވެއެވެ.
ފަނޑިޔާރު ޢަބްދުﷲ ޙަމީދުގެ ރައުޔު
30މި މައްސަލައިގައި ފަނޑިޔާރު ޙުސައިން ޝަހީދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ޙުކުމް
ދެންފަހެ، އިސްވެ ބަޔާންކުރެވުނު ސަބަބުތައް އެހެން ހުރުމާއެކު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 95-B7/CHT/2025/2611 ވަގުތީ އަމުރު، ނިންމާފައިވަނީ ޤާނޫނީ އުޞޫލުތަކާ އެއްގޮތަށްކަމުގައި ނުވާތީ، އެ އަމުރު ބާޠިލުކޮށް، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި މައްސަލަ ބެލި ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ޙުކުމްކޮށްފީމެވެ. މި ޤަޝިއްޔާ ބަލައި ޙުކުމް ކުރީ: އަބްދުﷲ ޙަމީދު ޙުސައިން ޤަކަހީދު (ރިޔާސަތު) މުޙައްމެދު އިބްރާހީމް
ފުޓްނޯޓު
- ޤާނޫނު ނަންބަރު 19/2019
- ޤާނޫނު ނަންބަރު 24/2020
- 22-E/CIR/2024/06 (30 ޖަނަވަރީ 2024)
- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2012/SC-A/21 ޤަސިއްޔާ
- ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2022/HC-A/173 ޤަޟިއްޔާ "ވަގުތީ އަމުރާމެދު ނިންމިގޮތް"
- ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2021/HC-A/310 ޤަޟިއްޔާ "ވަގުތީ އަމުރާމެދު ނިންމިގޮތް"
- މި ރިޕޯޓުގެ ޕެރެގްރާފު 9.1 އަދި 9.2
- ސުޕްރީމް ކޯޓުގެ ނަންބަރު 2012/SC-A/21 ޝަރީޢަތް ނިމުނު ގޮތް، ފާހަގަކުރެވުނު ނުކުތާތަކުގެ 5 ވަނަ ނުކުތާގެ (ބ) ސަފުޙާޑްޓްގެ ސުފްއިއްޑްޓް
- އިބިމ
- ސިވިލް ކޯޓުގެ ނަންބަރު 2434-Cv-C-2024 ޤަޟިއްޔާ ރިޕޯޓުގައިވާ ސިވިލް ކޯޓުގެ ޖުޑީޝަލް ރިވިއުގެ ދަޢުވާ ހުށަހަޅާ
- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު އެސް. ޕީ.އެޗް ޕްރައިވެޓް ލިމިޓެޑް ވ. ޖުމެއިރާ މެނޭޖްމަންޓު ސަރވިސަސް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑް SC 28 [2021]، ރިޖްވުޑް ހޮޓެލްސް އެންޑް ސުއިޓްސް ޕްރައިވެޓް ލިމިޓެޑް ވ. މުޙައްމަދު ޞަދީފް SC 73 [2021]، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ވ. ވޯޓަރ ފްރޮންޓް ހޮޓެލް އެންޑް ލެޝަރ ޕްރައިވެޓް ލިމިޓެޑް SC 13 [2023]، އޮންސަން އިންޖިނިއަރޢުޓްޓީ ޕްނަޕްވެޓް ލިމިޓެޑް ވ. ކަނިފުށި އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް SC 56 [2024]
- SC 28 [2021]، ޕްރެގްރާފް 72
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
ޝަރީޢަތުގެ ވީޑިއޯ
މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.