ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
2018/HC-A/265

ޙައްވާދީދީ ވ. މައިކްރޯ ބިލްޑަރސް ޕވޓ ލޓޑ

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި
ސުޕްރީމް ކޯޓަށް އިސްތިއުނާފުކޮށްފައި ނުވޭ · ރަޖިސްޓްރީ ބެލީ 15 އޮކްޓޫބަރު 2026ޙުކުމުގެ ހާލަތު
ހައިކޯޓު · 14 ޖަނަވަރީ 2021ދަށު ކޯޓު: ސިވިލް ކޯޓު 2549/Cv-C/2016ބާވަތް: މަދަނީ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
ސިވިލް ކޯޓު 2549/Cv-C/2016
ފަހުގެ ތާރީޚު
ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް

ކޯ ޓާމްސް

ޚުލާޞާ

ކޯޓަށް އައި ގޮތް
ސިވިލް ކޯޓުން 138,566.53 ރުފިޔާއަކީ ކުންފުންޏަށް ލިބެންޖެހޭ ފައިސާކަމާއި އެ ފައިސާ އަދާކުރުމުގެ ޒިންމާ އޮތީ ގޭގެ ވެރިފަރާތުގެ މައްޗަށްކަމަށް ކަނޑައަޅައި 15 ދުވަހުގެ ތެރޭގައި ދެއްކުމަށް ޙުކުމްކުރިއެވެ.
ވާޤިޢާ
މއ. ރަބީޢުގޭގައި 6 ބުރީގެ ޢިމާރާތެއް ކުރުމަށް 22 ނޮވެންބަރު 2010 ގައި ވެފައިވާކަމަށް ބުނާ އެއްބަސްވުމުގެ ދަށުން ބިލްޑަރ ކުންފުނިން ފައުންޑޭޝަނާއި ފުރަތަމަ ސްލެބް އަޅާ، ބާކީ 138,566.53 ރުފިޔާ ނުލިބިގެން ގޭގެ ވެރިފަރާތާއި އޭނާގެ ފިރިމީހާގެ މައްޗަށް ދަޢުވާކުރިއެވެ.
ކޯޓުން ނިންމަން ޖެހުނު ސުވާލު
ގޭގެ ރަޖިސްޓްރީ ވެރިފަރާތާ ދެމެދު ވެފައިވާކަމަށް ބުނާ ޢިމާރާތްކުރުމުގެ އެއްބަސްވުމުގެ ދަށުން ކުރި މަސައްކަތުގެ ބާކީ އަގު އަދާކުރުމުގެ ޒިންމާ އޮތީ ގޭގެ ވެރިފަރާތުގެ މައްޗަށްތޯ، މުޢާމަލާތް ކޮށްފައިވަނީ ފިރިމީހާކަމަށް ބުނާއިރު، އަދި ދަށުކޯޓުން ހެކި ވަޒަންކުރި ގޮތް ރަނގަޅުތޯ.
ޚަޞްމުންގެ ހުށަހެޅުންތައް
އިސްތިއުނާފުކުރި ފަރާތުން ބުނީ، މަސައްކަތް ކޮށްފައިވަނީ ފިރިމީހާގެ އެދުމަށް އޭނާ އަގު އަދާކުރާގޮތަށް ކަމަށާއި، އެއްބަސްވުމުގައިވަނީ އޭނާގެ ސޮއި ނޫންކަމަށާއި، ހުރިހާ ފައިސާ ދައްކާފައިވާކަން ދައްކުވައިދޭ ބޭންކް ސްޓޭޓްމަންޓްތަކަށް ރިޢާޔަތްނުކޮށް ނިންމާފައިވާކަމަށެވެ.
ކޯޓުގެ ސަބަބުތައް
ހުއްދައާއި ކުރެހުން ވެރިފަރާތުގެ ނަމުގައި އޮވެ، ހެކިންގެ ބަހުން މަސައްކަތްކުރިކަން ސާބިތުވާއިރު، ޢިމާރާތުގެ ފައިދާ ލިބޭ ވެރިފަރާތަށް އަގު ނުދައްކައި ދޫކޮށްލުމަކީ ނުޙައްޤު މުއްސަނދިކަމަކަށް ވާނެތީއާއި، ފައިސާ ދައްކާފައިވާކަން ސާބިތުވާ ހެކި ނެތީތީ ސިވިލް ކޯޓުގެ ޙުކުމް ޤާއިމްކުރިއެވެ.

ނިންމުން

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި

އިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ޙުކުމް ޤާއިމް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

HN1 ރަޖިސްޓްރީ ވެރިފަރާތުގެ ގޯތީގައި ހުއްދަ އެ ފަރާތުގެ ނަމުގައި ނަގައިގެން ބޮޑު ޢިމާރާތްކުރުމުގެ މަސައްކަތެއް ކުރިއިރު އެކަން ހުއްޓުވާފައި ނުވާނަމަ، އެ މަސައްކަތް ކޮށްފައިވަނީ ވެރިފަރާތުގެ އެނގުމާއި ފެނުމުގެ ތެރެއިން ބައިވެރިވުމެއް ނެތިކަމަށްވުމަކީ ވަރަށް ދުރު އިޙްތިމާލެކެވެ.

HN2 ކުރި ޢިމާރާތުގެ ޙަޤީޤީ ފައިދާ ލިބޭނީ ގޭގެ ރަޖިސްޓްރީ ވެރިފަރާތަށް ކަމުން، މަސައްކަތުގެ މުޤާބިލް މަސައްކަތްކުރި ފަރާތަށް ލިބިނުދެވޭނަމަ އެއީ ވެރިފަރާތަށް ލިބޭ ނުޙައްޤު މުއްސަނދިކަމެއް ކަމުން، އެ އަގު އަދާކުރުމުގެ ޒިންމާ އޮތީ ވެރިފަރާތުގެ މައްޗަށެވެ.

HN3 ދައްކާފައިވާކަމަށް ބުނާ ފައިސާ ދައްކާފައިވާކަން ޝަރީޢަތަށް ސާބިތުވާ ފަދަ ހެކި ހުށަހެޅިފައިނުވާނަމަ، އެ ފައިސާއަކީ ދައްކަންޖެހޭ ފައިސާއެއްކަމުގައި ބެލެވެއެވެ.

ވަކީލުންނާއި ފަނޑިޔާރުން

ވަކީލުން
—
ބެންޗު
ފަނޑިޔާރު ޢަބްދުﷲ ޙަމީދު، ފަނޑިޔާރު ޝުޢައިބު ޙުސައިން ޒަކަރިއްޔާ، ފަނޑިޔާރު މުޙައްމަދު ފައިޞަލް
ރިޔާސަތު
—
ރައުޔު ލިޔުނު ފަނޑިޔާރު
ފަނޑިޔާރު ޢަބްދުﷲ ޙަމީދު · ތާއީދުކުރެއްވީ: ފަނޑިޔާރު ޝުޢައިބު ޙުސައިން ޒަކަރިއްޔާ، ފަނޑިޔާރު މުޙައްމަދު ފައިޞަލް
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.

ފަނޑިޔާރު ޢަބްދުﷲ ޙަމީދުގެ ރައުޔު، މި ރައުޔަށް ފަނޑިޔާރު ޝުޢައިބު ޙުސައިން ޒަކަރިއްޔާއާއި، ފަނޑިޔާރު

މުޙައްމަދު ފައިޞަލް ތާއީދުކުރައްވައެވެ.  ދަޢުވާގެ ޚުލާޞާ : 1- މިއީ، […] އެވެކިޔާ ބަންޑާރަ ގޯތީގައިވާ 408 އަކަފޫޓުގައި ހަދާ 06 ބުރި ޢިމާރާތްކުރުމަށް […] / މާލެ، ޙައްވާދީދާއާއި، މައިކްރޯ ބިލްޑްރސ ޕްރައިވެޓް ލިމިޓެޑާ ދެމެދު 22 ނޮވެންބަރު 2010 ގައި ވެފައިވާ އެއްބަސްވުމުގެ ދަށުން މައިކްރޯ ބިލްޑަރސް ޕްރައިވެޓް ލިމިޓެޑުން ކޮށްފައިވާ މަސައްކަތުގެ ތެރެއިން ފައުންޑޭޝަން އަދި ގްރައުންޑް މަސައްކަތް ނިންމުމުންޙައްވާދީދއާއ […] / މާލެ، ޢަބްދުﷲ ފާޟިލްގެ ފަރާތުން މައިކްރޯ ބިލްޑްރސ ޕްރައިވެޓް ލިމިޓަށް ދައްކަންޖެހޭ ފައިސާގެ ތެރެއިން މިހާތަނަށް ލިބިފައިނުވާ 2,966/53ރ) .ދެހާސް ނުވަސަތޭކަ ފަސްދޮޅަސް ހަރުފިޔާ ފަންސާސް ތިންލާރި ( އާއި ފަސްޓް ސްލެބް ނިންމުމުން ޙައްވާދީދީއާއި ޢބްދަﷲ ފަޟިލްގެ ފަރާތުން މައިކްރޯ ބިލްޑާރސް ޕްރައިވެޓް ލިމިޓަށް ދައްކަންޖެހޭ 1,35,600/-ރ) .އެއްލައްކަ ތިރީސް ފަސަހާސްހަސަތޭކރުފިޔ( އާ އެކު ޖުމްލަ 1,38,566/53ރ) .އެއްލައްކަ ތިރީސް އަށްހާސް ފަސްސަތޭކަ ފަސްދޮޅަސް ހްރުފިޔާފަންސާސް ތިނުލާރ( އާއި، އެއްބަސްވުމުގެ 06ވަނަ މާއްދާގައިވާ ގޮތުގެމަތީން ފައިސާ ދައްކާފައިނުވާތީ އިތުރުވާ ކޮންމެ ދުވަހަކަށް ޖޫރިމަނާގެ ގޮތުގައި ޖުމްލަ ޢަދަދުގެ %0.5 އާއި، ފައިސާ ދައްކާފައިނުވާތީ، މައިކްރޯ ބިލްޑާރސް ޕްރައިވެޓް ލިމިޓެޑަށް ލިބިފައިވާ ގެއްލުމުގެ ބަދަލު އެކީ އެއްފަހަރާ ހޯދުމަށްއެދި މައިކްރޯ ބިލްޑާރސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން […] / މާލެ، ޙައްވާދީދީއާއި، […] / މާލެ، ޢަބްދްﷲ ފާޟިލގެ މައްޗަށް ދަޢުވާކޮށް ހުށަހެޅިސިވިލް ކޯޓުގެ ނަންބަރ 2549/Cv-C/2016 ޤަޟިއްޔާ އެ ކޯޓުން ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށް ބުނެ، […] / މާލެ،ޙައްވާދީދީގ ފަރާތުން އެ ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމނ ބެލި ޤަޟިއްޔާއެކެވެ. މި ޤަޟިއްޔާގައި އިސްތިއުނާފީ ދަޢުވާރައްދުވާ ފަރާތަކީ މައިކްރޯ ބިލްޑާރސ ޕްރައިވެޓް ލިމިޓެޑެ ވެ.  ސިވިލް ކޯޓުން މައްސަލަ ނިންމިގޮތް : 2- ސިވިލް ކޯޓުގެ ނަންބަރު 2549/Cv-C/2016 ޤަޟިއްޔާގައިޙުކުމްކުރައްވފައިވަނީ، ]ދެންފަހެ، އިސްވެބުނެދިޔަ ކަންކަން އެގޮތުގައި ހުރުމުން، ދަޢުވާކުރާ މައިކްރޯ ބިލްޑާރސް ޕްރައިވެޓް ލިމިޓެޑްއިން […] ގައި ކޮށްފައިވާ މަސައްކަތްތަކުގެ އަގުގެ ތެރެއިން 138,566/53ރ) .އެއްލައްކަ ތިރީސް އަށްހާސް ފަސްސަތޭކަ ފަސްދޮޅަސް ހރުފިޔާފަންސާސް ތިން ލާރ( އަކީ ދަޢުވާކުރާ ފަރާތަށް ލިބެންޖެހި ނުލިބިވާ ފައިސާކަމާއި، އަދި މި ފައިސާ ދަޢުވާކުރާ ފަރާތަށް އަދާކުރުމަކީ ދަޢުވާލިބޭ […] /މާލީ، ޙައްވާދީދްގެ ޒިންމާ އެއްކަން ޝަރީޢަތަށް ސާބިތުވާކަމަށް ކަނޑައަޅައި، ބުނެވުނު 138,566/53ރ) .އެއްލައްކަ ތިރީސް އަށްހާސް ފަސްސަތޭކަ ފަސްދޮޅަސް ހަރުފިޔާ ފަންސާސް ތިންލާރި ( ދަޢުވާކުރާ މައިކްރޯ ބިލްޑާރސް ޕްރައިވެޓް ލިމިޓެޑްއަށް ލިބިދިނުމުގެ ގޮތުން 27 ޑިސެންބަރު 2017 އިން ފެށިގެން 15 ދުވަހުގެ ތެރޭގައި މި ފައިސާ ސިވިލް ކޯޓަށް ދައްކައި މި ދަރަނިޚަލާޞްކުރުމަށް ދަޢުވާލިބުނު […] /މާލީ،ޙައްވާދީދއަށް އަންގައި ޙުކުމްކޮށްފީމެވެ. [ މިފަދައިންކަން އެޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ .  އިސްތިއުނާފީ ނުކުތާތައް : 3- އިސްވެ ބަޔާންކުރެވުނު ގޮތުގެ މަތީން ސިވިލް ކޯޓުގެ ނަންބަރު 2549/Cv-C/2016 ޤަޟިއްޔާގައި ޙުކުމކުރެއްވުމުން، […] ޙައްވާދީދީގެ ފަރާތުން އ ޤަޟިއްޔާއިސްތިއުނާފު ކުރުމަށް އަންނަނިވ 02 )ދޭއް( ނުކުތާ ފާހަގަކޮށް އެނުކުތާތަކ މެދު ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. އެގޮތުން ފާހަގަކުރި،  ފުރަތަމަ ނުކުތާއަކީ : […] މައިކްރޯ ބިލްޑާރސް ޕްރައިވެޓް ލިމިޓެޑް )ޙުސައިން ޢަލީ ( މަސައްކަތްކޮށްފައިވަނީމއ.ތަބައްގެ/ މާލެ، ޢަބްދްﷲ ފާޟިލުގެ އެދުމަކަށް ޢަބްދްﷲ ފާޟިލ އަގު އަދާކުރާގޮތަށް އެއްބަސްވެގެންކަމަށް ޝަރީޢަތަށް ހުށަހެޅިފައިވާ ލިޔެކިޔުންތަކުން ހ މެވާއިރު، […] / މާލެ، ޙައްވާދީދީ އެ މަސައްކަތަށް ޒިންމާ ނަގައި އަގު އަދާކުރަންޖެހޭނެކަމަށް ނިންމަވާފައިވަނީ ޝަރީޢަތްކުރުމުގެ ޢާންމު އުޞޫލުކަމުގައިވާ ހުށަހެޅިފައިވާ ހެކި ވަޒަންކުރުމަށްފަހު ހެއްކަށް ބުރަވެ ޙުކުމްކުރުމުގެ ޢާންމު އުޞޫލާ ޚިލާފަށް ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.  ދެވަނަ ނުކުތާއަކީ : […] މައިކްރޯ ބިލްޑާރސް ޕްރައިވެޓް ލިމިޓެ ޑް )ޙުސައިން ޢަލީ ( މަސައްކަތްކޮށްފައިވަނީ […] / މާލެ، ޢަބްދްﷲ ފާޟިލުގެ އެދުމަކަށް ޢަބްދްﷲ ފާޟިލ އަގު އަދާކުރާގޮތަށް އެއްބަސްވެގެންކަމަށްވެފައި، މައިކްރޯ ބިލްޑާރސް ޕްރައިވެޓް ލިމިޓެޑް )ޙުސައިން ޢަލީ ( […] ކޮށްފައިވާ އެންމެހައި މަސައްކަތަށް ފައިސާ ދައްކާފައިވާކަމަށް ބުނެ ބޭންކް ސްޓޭޓްމަންޓުގެ ތަފްޞީލު ޝަރީޢަތަށް ހުށަހަޅާފައިވާއިރު، އެ މަޢުލޫމާތު ކަށަވަރުނުކޮށް އަދި އެ ލިޔެކިއުންތަކަށް ރިޢާޔަތްނުކޮށް މައްސަލަ ނިންމަވާފައިވަނީ ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 42ވަނަ މާއްދާގައި ބަޔާންކުރާ ޢާންމު އުޞޫލާ ޚިލާފަށް އަދި ހެއްކާބެހޭ ޤާނޫނުގެ 2ވަނަ މާއްދާއާ ޚިލާފަށް ކަމަށް ބުނީ ފާހަގަކުރި ނުކުތާއެވެ.  ފާހަގަކުރެވުނު ނުކުތާތައް : 4- ސިވިލް ކޯޓުގެ ނަންބަރު 2549/Cv-C/2016 ޤަޟިއްޔާ ގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށާއި، އޤަޟިއްޔެ އިސްތިއުނާފު ކުރުމަށް […] ޙައްވާދީދީގެފަރާތުން ހުށަހަޅާފައިވާ ނުކުތތަކާށާއި، އެ ނުކުތާ ތަކ ގުޅިގެން މައްސަލއަ ގައި ހިމެނޭ ފަރާތްތަކުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާ ގުޅުންހުރި ލިޔެކިޔުންތަކަށް ބަލާއިރު އަންނަނިވި ކަންތައްތައް ފާހަގަކުރެވެއެވެ.

4.1- މައިކްރޯ ބިލްޑާރސް ޕްރައިވެޓް ލިމިޓޑެން […] ކޮށްފައިވާ މަސައްކަތްތަކުގެ އަގުގެ ތެރެއިން 138,566/53ރ) .އެއްލައްކަ ތިރީސް އަށްހާސް ފަސްސަތޭކަ ފަސްދޮޅަސް ހްރުފިޔާ ފަންސާސް ތިންލާރި ( އަކީ މައިކްރޯ ބިލްޑާރސް ޕްރައިވެޓް ލިމިޓެޑަށް ލިބެންޖެހި ނުލިބިވާ ފައިސާކަމަށާއި، އެ ފައިސާ އަދާކުރުމަކީ ޙައްވާ ދީދީ ގެ ޒިނަމާ އެއްކމަށްކަނޑައަޅުއްވައި، އެ ފައިސ މައިކްރޯ ބިލްޑާރސް ޕްރައިވެޓް ލިމިޓޑަށެ ލިބިދިނުމުގެ ގޮތުން 27 ޑިސެންބަރު 2017 އިން ފެށިގެން 15 ދުވަހުގެ ތެރޭގައި ސިވިލް ކޯޓަށް ދައްކައި ޚަލާޞްކުރުމަށް ޙައްވާދީދީ އަށް އަންގަ ވައި ސިވިލް ކޯޓުގެ ނަންބަރު 2549/Cv-C/2016 ޤަޟިއްޔާގައި ޙުކުމްކުރައްވާފައިވެއެވެ.

4.2- […] އެވެކިޔާ ބަންޑާރަ ގޯތިން 446.5 )ހަތަރުސަތޭކަ ސާޅީސްހައެއް ޕޮއިންޓް ފަހެއް ( އަކަފޫޓުގެ ބަޔެއް ޙައްވާ ދީދީ އަށް ޢައްޔަނުކޮށްދީ އެ ފަރާތުގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާކަން އެނގެއެވެ. ސިވިލް ކޯޓުގެ ނަންބަރު 2549/Cv-C/2016 ޤަޟިއްޔާގައި ދަޢުވާކޮށްފައިވަނީ، […] އެވެކިޔާ ގޯތީގެ ބިމުން ޙައްވާ ދީދީއަށް ޢައްޔަނުކޮށްދީ އެ ފަރާތުގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ 408 އަކަފޫޓުގައި ހަދާ 06 ބުރި ޢިމާރާތްކުރުމަށް ޙައްވާ ދީދީއާއި، މައިކްރޯ ބިލްޑްރސ ޕްރައިވެޓް ލިމިޓެޑާ ދެމެދު 22 ނޮވެންބަރު 2010 ގައި ވެފައިވާ އެއްބަސްވުމުގެ ދަށުން މައިކްރޯ ބިލްޑްރސްޕްރައިވެޓް ލިމިޓެޑނު ކޮށްފައިވާ މަސައްކަތުގެ ތެރެއިން ފައުންޑޭޝަން އަދި ގްރައުންޑް މަސައްކަތް ނިންމުމުން ޙައްވާދީދީއާއި […] / މާލެ، ޢަބްދްﷲ ފާޟިލާގެ ފަރާތުން މައިކްރޯ ބިލްޑްރސަޕްރައިވެޓް ލިމިޓޑެށް ދައްކަންޖެހޭ ފައިސާގެ ތެރެއިން އެހާތަނަށް ލިބިފައިނުވާ، 2,966/53ރ) .ދްހާސ ނުވަސަތޭކަ ފަސްދޮޅަސްހަރުފިޔާ ފަންސާސް ތިންލާރި ( އާއި، ފަސްޓް ސްލެބް ނިންމުމުން ލިބެންޖެހޭ 1,35,600/-ރ) .އެއްލައްކަ ތިރީސް ފަސހާސްހަސަތޭކަރުފިޔ(އ އެކު ޖުމްލަ 1,38,566/53ރ) .އެއްލައްކަ ތިރީސް އަށހާސް ފަސްސަތޭކަ ފަސްދޮޅަސް ހަ ރުފިޔާފަންސާސް ތިން ލާރ( އާއި، އެއްބަސްވުމުގެ 06ވަނަ މާއްދާގައިވާ ގޮތުގެމަތީން ފައިސާ ދައްކާފައިނުވާތީ އިތުރުވާ ކޮންމެ ދުވަހަކަށް ޖޫރިމަނާގެ […] އެވެކިޔާ ގޯތީގެ )ނަންބަރު ބ.15725( ރަޖިސްޓްރީ . ގޮތުގައި ޖުމްލަ ޢަދަދުގެ %0.5 އާއި، ފައިސާ ދައްކާފައިނުވާތީ ލިބިފައިވާ ގެއްލުމުގެ ބަދަލު ހޯދުމަށްމއ.ރަބީޢުގ ޙައްވާދީދީއާއި، […] / މާލެ، ޢަބްދުﷲ ފާޟިލގެ މައްޗަށެވެ.

4.3- […] ބަންޑާރަ ގޯތީގައި މައިކްރޯ ބިލްޑްރސ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން މަސައްކަތްކޮށްފައިވަނީ […] ޙައްވާދީދއާ ދެމެދު 22 ނޮވެންބަރު 2010 ގައި ވެފައިވާ އެއްބަސްވުމެއްގެ ދަށުންކަމަށް މައިކްރޯ ބިލްޑްރސ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ބުނެ ސިވިލް ކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ]މަސައްކަތްކުރމުގެ އެއްބަސްވުނ[ މި ނަމުގައި އޮންނަ އެއްބަސްވުމެއް ހުށަހަޅާފައިވެއެވެ. އެ އެއްބަސްވުމުގައި މަސައްކަތުގެ ވެރިފަރާތެއްގެ ގޮތުގައި ބަޔާންކޮށްފައިވަނީ […] ޙައްވާދީދއެވެ. މަސައްކަތާ ޙަވާލުވި ފަރާތުގެ ގޮތުގައި ބަޔާންކޮށްފައިވަނީ މައިކްރޯ ބިލްޑާރސެޕްރައިވެޓް ލިމިޓެޑެވެ. އެ ކުންފުނީގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ޙުސައިން ޢަލީ )މެނޭޖިންގ ޑައިރެކްޓަރ( ކަން އެ ކުންފުނީގެ ބަހުންނާއި، އެއްބަސްވުމުން އެނގެން އ ވެއެވެ. އެ އެއްބަސްވުމުގައި މަސައްކަތުގެ ވެރިފަރާތެއްގެ ގޮތުގައިމއ. ރަބީޢުގެ ޙައްވާ ދީދީ ގެ ނަމުގައި ސޮއިކޮށްފައިވެއެވެ. މައިކްރޯ ބިލްޑާރސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ސިވިލް ކޯޓަށް ހުށަހަޅާފައިވާ އިޝާރާތްކުރެވުނު އެއްބަސްވުމުގައިވަނީ ޙައްވާ ދީދީގެ ސޮއި ނޫންކަމަށާއި، އެފަދަ އެއްބަސްވުމެއް ޙައްވާދީދީ އާމައިކްރޯ ބިލްޑާރސް ޕްރައިވެޓ ލިމިޓެޑާ ދެމެދު ވެފައިނުވާނެކަމަށް ޙައްވާދީދީ ގެ ފަރާތުން ސިވިލް ކޯޓުގައި ބުނެމައިކްރޯ ބިލްޑާރސް ޕްރައިވެޓް ލިމިޓެޑެގެ ފަރާތުން ހުށަހެޅި ދަޢުވާއަށް އިންކާރުކޮށްފައިވއެވެ. މި މައްސަލައިގެ ދަޢުވާ ބިނާކޮށްފައިވަނީޙައްވާ ދީދީ އއިމައިކްރޯ ބިލްޑާރސް ޕްރައިވެޓް ލިމިޓެޑް ދެމެދު ވެފައިވާކަމަށް ބުނެ ހުށަހަޅާފައިވާ އެއްބަސްވުމެއްގެ މައްޗަށް ބިނާކޮށް ކަމަށްވާއިރު، ޙަވާލާދެވިފައިވާ އެއްބަސްވުމުގައި ޢަބްދުﷲ ފާޟިލުގެ ދައުރެއް ނެތްކަމަށާއި، މުޅި އެއްބަސްވުން ބިނާވެފައިވަނީމައިކްރޯ ބިލްޑާރސް ޕްރައިވެޓް ލިމިޓެޑީއިޙައްވާ ދީދއާ ދެމެދު ކަމަށްވާއިރު، ދަޢުވާގެ ޞީޣާއާއި ދަޢުވާގެ މައްސަލަ ހުށަހަޅާ ފޯމުގެ 7ވަނަ ނަންބަރު . ތަފްޞީލުގައިވެސް ޢަބްދުﷲ ފާޟިލުގެ ބައިވެރިވުމެއް ބަޔާންކޮށްފައިނުވާއިރު، މި މައްސަލައިގައި ޢަބްދާﷲ ފާޟިލއި ޙައްވާދީދީގެ މައްޗަށް ޖަމްޢުކޮށް ދަޢުވާކޮށްފައިވާތީ، މި މައްސަލައިގައި ޢަބްދިﷲ ފުޟލގެ މައްޗަށް ދަޢުވާ ކުރެވޭނެ ޝަރުޢީ އަދި ޤާނޫނީ އެއްވެސް އަސާސެއް ނެތްކަމަށް ޢަބްދާﷲ ފާޟިލާއި ޙައްވދީދީ ގެ ފަރާތުން ސިވިލްކޯޓުގައި ބުނެފައިވެއެވެ.

4.4- މައިކްރޯ ބިލްޑާރސް ޕްރައިވެޓް ލިމިޓެޑުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގއަ ކަން ހިނގާފައިވާ ގޮތްކަމަށް އެ ފަރާތުން ދަޢުވާ ފޯމުގައި ބަޔާންކޮށްފައިވާ ވާހަކަތަކަށް ބަލާއިރު، އެއްބަސްވުމުގައިވާ ގޮތުގެ މަތިން އެޑްވާންސް ޕޭމަންޓުގެ ގޮތުގައި ދަޢުވާލިބޭ ފަރާތްތަކުން ދައްކަންޖެހޭ 100,000/-ރ) .އާއލައްކަ ރުފިޔާ( ހޯދުމަށް އިންވޮއިސްކުރުމުން 2010 ޑިސެންބަރު 25ވަނަ ދުވަހު ލިބިފައިވާ ކަމާއި؛ ދެވަނަ ޕޭމަންޓުގެ ގޮތުގައި ދައްކަންޖެހޭ 200,000/-ރ) .ދާލައްކަ ރުފިޔާ( ހޯދުމަށް އިންވޮއިސްކުރުމުން 2011 ޖެނުއަރީ 10ވަނަ ދުވަހު ލިބިފައިވާ ކަމާއި، ޢިމާރާތުގެ ފައުންޑޭޝަން އެޅުމާއި، ގްރައުންޑް ވޯރކް ނިމމު ން ދައްކަންޖެހޭ 1,22,966/53ރ. )އެއްލައްކަ ބާވީސްހާސްނުވސަތޭކަ ފަސްދޮޅަސ ހަ ރުފިޔާ ފަންސާސް ތިންލާރި ( ހޯދުމަށް އިންވޮއިސްކުރުމުން، އިސްވޮއިސްގައިވާ ޖުމްލަ ޢަދަދުގެ ތެރެއިން 1,20,000/-ރ. )އެއްލައްކަވިހި ހާސް ރުފިޔާ( ލިބިފައިވާކަމަށް މައިކްރޯބިލްޑާރސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އިޤްރާރުވެފައިވކަން އެނގެއެވެ.މި އެންމެހައި ފައިސާއެއް މައިކްރޯ ބިލްޑާރސް ޕްރައިވެޓް ލިމިޓެޑް ޙަވާލުކޮށްފައިވަނީ […] / މާލެ، ޢަބްދުﷲ ފާޟިލކަމަށްމައިކްރޯ ބިލްޑާރސް ޕްރައިވެޓް ލިމިޓެޑުން ބުނެފައިވެއެވެ. […] / މާލެ، ޢަބްދުﷲ ފާޟިލަކީ މި މައްސަލަ އިސްތިއުނާފުކޮށްފައިވާ […] / މާލެ، ޙައްވާ ދީދީގެ ފިރިމީހާކާމާއި، މި މައްސަލައިގައި ހިމެނޭ މުޢާމަލާތް ގުޅިގެން މައިކްރޯ ބިލްޑާރސް ޕްރައިވެޓް ލިމިޓެޑާ ސިވިލް ކޯޓަށް ޢަބްދު ﷲ ފާޟިލާއި ޙައްވާ ދީދީގެ ފަރާތުން 2017 ޖަނަވަރީ 16ވަނަ ދުވަހުގެ ތާރީޚުގައި ހުށަހަޅާފައިވާ އިޖުރާއީ ނުކުތާ މައްސަލަ ހުށަހަޅާފޯމުގެ 8ވަނަ ނަންބަރު . މައިކްރޯ ބިލްޑާރސް ޕްރައިވެޓް ލިމިޓެޑު ން 2016 ޖަނަވަރީ 25ވަނަ ދުވަހު ސިވިލް ކޯޓަށް ހުށަހަޅާފައިވާ ބަޔާނުގެ )ކ( އަދި )އ.( ހުރިހާ މުޢާމަލާތެއްކޮށްފައިވަނީ އަދި ފައިސާގެ ހުރިހާކަމެއްވެސް ހަމަޖައްސާފައިވަނީ ޢަބްދްﷲ ފާޟިލކަން އިސްތިއުނާފު ރައްދުވާ މައިކްރޯ ބިލްޑާރސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ދައްކާފައިވާ ވާހަކަތަކުން އެނގެން އޮވެއެވެ .

4.5- […] 20.274 މީޓަރުގެ އުސްމިނުގައި 06 )ހައެއް ( ބުރީގެ ޢިމާރާތެއް ކުރުމުގެ ހުއްދަ 2010 މާރިޗު 09ވަނަ ދުވަހު މާލެ މުނިސިޕަލްޓީން ޙައްވާދީދީއަށް ދީފައިވާކަން އެނގެއެވެ. ހަމަ އެ ތާރީޚުގައި އެ ޢިމާރާތުގެ ކުރެހުން މާލެ މުނިސިޕަލްޓީން ފާސްކޮށްފައިވާކަން އެނގެއެވެ. […] ޢިމާރާތްކުރުމަށް ތަން ކޮނެ ސާފުކޮށް އެ ތަނުގައި ފައުންޑޭޝަނާއި، ފުރަތަމަ ޝީޓ މައިކްރޯ ބިލްޑާރސް ޕްރައިވެޓް ލިމިޓެޑުނިއަޅާފައިވާކަމާއ، އެ މަސައްކަތްކުރެވުނު އިރު އެ ސައިޓުން ޢަބްދުﷲ ފާޟިލުއާ ބައްދަލުވެފައިވާކަން މި މައްސަލައިގައި ސިވިލް ކޯޓަށް ހެއްކެއްގެ ގޮތުގައި ޙާޒިރުކޮށްފައިވާމައިކްރޯ ބިލްޑާރސް ޕްރައިވެޓް ލިމިޓެޑްގެ ސުޕަވައިޒަރެއްގެ ވަޒީފާގައި ހުރި ގދ. މަޑަވެލި / އޯކިޑްވިލާ ޙުސައިން ވަޙީދު ގެ ބަހުން އެނގެން އޮވެއެވެ. […] ޢިމާރާތްކުރުމަށް ތަން ސާފުކޮށް، ކޮނެ، ވަޅެއް ފައްތާ، ފައުންޑޭޝަނާއި، އެއް ޝީޓ މައިކްރޯ ބިލްޑާރސް ޕްރައިވެޓް ލިމިޓެޑުން އަޅާފައިވާކަމާއި، އެ މަސައްކަތްކުރިއިރު، މަސައްކަތުގެ ސައިޓަށް ޢަބްދުﷲ ފާޟިލު އައިސް އުޅޭކަން، މި މައްސަލައިގައި ސިވިލް ކޯޓަށް ހެއްކެއްގެ ގޮތުގައި ޙާޒިރުކޮށްފައިވާ މައިކްރޯ ބިލްޑާރސް ޕްރައިވެޓް ލިމިޓެޑު ގެ ސީނިއަރ ސުޕަވައިޒަރެއްގެ މަޤާމުގައި ހުރި، ދަފްތަރު ނަންބަރު ރސ 787 / މާލެ، މުޙައްމަދު ނަޢީމުގެ ބަހުން އެނގެން އޮވެއެވެ. ޢަބްދުﷲ ފާޟިލު ދަންނަ ކަމާއި ޙައްވާދީދީ އަކީ ޢަބްދުﷲ ފާޟިލުގެ އަން ހެނުންކަމާއި،މައިކްރޯ ބިލްޑާރސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން […] ހެދިއިރު، ޢަބްދުﷲ ފާޟިލ ދޭ ޗެކުތައް ޙސައިނު މައިކްރޯ ބިލްޑާރސް ޕްރައިވެޓް ލިމިޓެޑު ން 2016 ޖަނަވަރީ 25ވަނަ ދުވަހު ސިވިލް ކޯޓަށް ހުށަހަޅާފައިވާ ބަޔާން. މާލޭގައި ޢިމާރާތްކުރުމުގެ ހުއްދަ . ނަންބަރު 2010/72-I )09 މާރިޗު 2010.( 20 ސެޕްޓެމްބަރ 2017 ގީއިޙުސައިން ވަޙީދު ދީފައިވާ ހެކި ބަޔާން . 20 ސެޕްޓެމްބަރ 2017 ގައި މުޙައްމަދު ނަޢީމު ދީފައިވާ ހެކި ބަޔާން . ޢަލީއަށް ރައްދުކޮށްދޭ ކަމާއި، 22 ނޮވެންބަރު 2010 ގެ އިންވޮއިސްގައި އަތު ލިޔުމުން ލިޔެފައިވަނީ ޢަބްދުﷲ ސަޢީދު ކަމާއި، އިންވޮއިސްގެ ކަނައަތް ފަރާތުގައިވަނީ ޙުސައިން ޢަލީގެ ސޮއިކަމާއ، ވައަތް ފަރާތުގައިވަނީ ޢަބްދުﷲ ފާޟިލަގެ ސޮއިކަމާއި، އެއީ ފައިސާ ޙަވާ ލުވިކަމަށް އެ ދެ މީހުން ސޮއިކޮށްފައިވާ ލިޔުމެއްކަން މި މައްސަލައިގައި ސިވިލް ކޯޓަށް ހެއްކެއްގެ ގޮތުގައި ޙާޒިރުކޮށްފައިވާ […] / މާލެ މުޙައްމަދު ސަޢީދު ގެ ބަހުން އެނގެން އޮވެއެވެ. 22 ނޮވެންބަރު 2010 ގެ )ނަންބަރު MB/RB-01/2010( އިންވޮއިސް އަކީމައިކްރޯ ބިލްޑާރސް ޕްރައިވެޓް ލިމިޓެޑުން […] ޙައްވާދީދީއަށް ފޮނުވާފައިވާ އިންވޮއިސްއކެވެ. އެ އިންވޮއިސްގައި، [Make Name] Company to payable cheks all މިފަދައިން ލިޔެފައިއޮވެއެވެ. އެ އިންވޮއިސްގައިވާ އެޑްވާންސް ޕޭމަންޓްގެ ގޮތުގައި 100,000/-ރ. )އެއލައްކަ ރުފިޔާ(، […] / މާލެ މުޙައްމަދު ސަޢީދުގެ ޙާޒިރުގައި ނަގުދު ފައިސާއިން 25 ޑިސެންބަރު 2010ގައި މައިކްރޯ ބިލްޑާރސް ޕްރައިވެޓް ލިމިޓެޑަށް ލިބިފައިވާކަން އެ ކުންފުނީގެ ބަހުން އެނގެއެވެ. އެ އިންވޮއިސް ޙަވާލުކޮށްފައިވަނީ ޙައްވާދީދީގެ ފިރި ޢަބްދާﷲ ފާޟިލކަން މައްސަލައިގައި ހެއްކެއްގެ ގޮތުގައި ޙާޒުރު ކޮށްފައިވާ […] / މާލެ މުޙައްމަދު ސަޢީދެގެ ބަހުން އެނގެއެވެ.

4.6- މައިކްރޯ ބިލްޑާރސް ޕްރައިވެޓް ލިމިޓެޑުން […] ގައި ކުރާމަސައްކަތުގެ އަގު ހޯދުމުގެ ގޮތުން ފޮނުވާފައިވާ އިންވޮއިސްތަކަށް ބަލާއިރު، ފުރަތަމަ އެޑްވާންސް ޕޭމަންޓް ހޯދުމަށް ކުރިން ބަޔާންކުރެވުނު، ނަންބަރު MB/RB-01/2010 )22 ނޮވެންބަރު 2010( އިންވޮއިސް […] ޙައްވާދީދީއަށް ފޮނުވުމުން އެ އިންވޮއިސްގައިވާ 100,000/-ރ. )އެއލައްކަ ރުފިޔާ(، ނަގުދު ފައިސާއިން 25 ޑިސެންބަރު 2010ގައި މައިކްރޯ ބިލްޑާރސް ޕްރައިވެޓް ލިމިޓެޑްށް ލިބިފައިވކަނ އެނގެއެވެ. 20 ސެޕްޓެމްބަރ 2017 ގައި މުޙައްމަދު ސަޢީދު ދީފައިވާ ހެކި ބަޔާން . 20 ސެޕްޓެމްބަރ 2017 ގައި މުޙައްމަދު ސަޢީދު ދީފައިވާ ހެކި ބަޔާން . ދެވަނަ އެޑްވާންސް ޕޭމަންޓް ނަންބަރު MB/RB-02/2010 އިންވޮއިސްގައިވާ ޖުމްލަ ޢަދަދުކަމުގައިވާ 200,000/-ރ. )ދެލައްކަ ރުފިޔާ ( ގެޗެކެއްމައިކްރޯ ބިލްޑާރސް ޕްރައިވެޓް ލިމިޓެޑަށް ޢަބްދުﷲ ފާޟިލް ޙަވާލުކުރިއެވެ. އަދި އެ ޗެކު ބައުންސްވުމުން އެކަން އެންގުމުން 100,000/-ރ) .އާއލައްކަ ރުފިޔާ(، ނަގުދު ފައިސާއިން ދިނުމަށްފަހު، ބާކީ އޮންނަ 100,000/-ރ) .އެއްލައްކަ ރުފިޔާ ( ޗެކަކުން 2011 ޖަނަވަރީ 10ވަނަ ދުވަހު މައިކްރޯ ބިލްޑާރސް ޕްރައިވެޓް ލިމިޓެޑށަ ލިބިފައިވެއެވެ. ތިންވަނަ ޕޭމަންޓް ހޯދުމަށް ނަންބަރު MB/RB-03/2011 އިންވޮއިސް ޢަބްދުﷲ ފާޟިލާ ޙަވާލުކުރިއެވެ. އެ އިންވޮއިސްގެ ޖުމްލަ ޢަދަދަކީ 122,966.53ރ) .އެއްލައްކަ ބާވީސްހާސް ނުވަސަތޭކަ ފަސްދޮޅަސް ހަރުފިޔާ ފަންސާސް ތިންލާރި ( އެވެ. މި އިންވޮއިސްގައިވާ ޢަދަދުގެ ތެރެއިން 100,000/-ރ) .އެއްލައްކަ ރުފިޔާ ( ޗެކަކުން މައިކްރޯ ބލްޑާރސް ޕްރައިވެޓް ލިމިޓެޑށަ ލިބިފައިވެއެވެ. ބާކީ އޮންނަ 22,966.53ރ) .ބާވީސްހާސް ނުވަސަތޭކަ ފަސްދޮޅަސް ހރުފިޔ ފަންސާސް ތިންލާރި( ގެ ތެރެއިން 20,000.00ރ) .ވާހހާސް ރުފިޔާ( ޗެކަކުންމައިކްރޯ ބިލްޑާރސް ޕްރައިވެޓް ލިމިޓެޑށަ ލިބިފައިވެއެވެ. ދެން ބާކީ އޮންނަ 2,966.53ރ. )ދެހާސް ނުވަސަތޭކަ ފަސްދޮޅަސް ހަރުފިޔާ ފަންސާސް ތިންލާރި ( ލިބިފައިނުވެއެވެ. ހަތަރުވަނަ ޕޭމަންޓު ހޯދުމަށް ނަންބަރު MB/RB-04/2011 އިންވޮއިސް ފޮނުވުމުން، އިންވޮއިސްއާ ޙަވާލުވުމަށް ޢަބްދުﷲ ފާޟިލް އުޒުރުވެރިވެ ފައިސާ ދައްކާފައިނުވެއެވެ. މި އިންވޮއިސްގައި ހިމެނިފައިވަނީ ކުރިން ބަޔާންކުރެވުނު ތިންވަނަ ޕޭމަންޓުގައި ހިމެނޭ ފައިސާގެ ތެރެއިން ނުދައްކައިވާ 22,966.53ރ. )ބާވީސްހާސް ނުވަސަތޭކަ ފަސްދޮޅަސް ހރުފިޔ ފަންސާސް ތިންލާރި( އާއި ފުރަތަމަ ސްލެބް ނިންމުމުން ދައްކަންޖެހޭ 135,600.00ރ) .އެއްލައްކަތިރީސްފސހާސް ހަ ސަތޭކަ ރުފިޔާ ( އާ އެކު ޖުމްލަ 138,566.53ރ) .އެއްލައްކަ ތިރީސްއަށް ހާސްހަ ސަތޭކަރުފިޔ ފަންސާސް ތިންލާރި( އެވެ. މި ދަޢުވާގައި 0.5% ގެ ޖޫރިމަނާއާއެކު ހޯދުމަށް އެދިފައިވާ ޢަދަދަކީ އެއީއެވެ.

74.- […] ޢިމާރާތެއް ކުރުމުގެ ހުއްދަ މާލެ މުނިސިޕަލްޓީން ޙައްވާ ދީދީއަށް ދީފައިވެއެވެ. އެ ޢިމާރާތުގެ ކުރެހުން މާލެ މުނިސިޕަލްޓީން ފާސްކޮށްފައިވެއެވެ. […] ޢިމާރާތްކުރުމަށް ތަން ކޮނެ ސާފުކޮށް އެ ތަނުގައި ފައުންޑޭޝަނާއި، ފުރަތަމަ ޝީޓ މައިކްރޯ ބިލްޑާރސް ޕްރައިވެޓް ލިމިޓެޑުން އަޅާފައިވާކަން ހެކިންގެ ބަހުން ޝަރީޢަތަށް ސާބިތުވެއެވެ. އެ މަސައްކަތްކުރިއިރު ގޭގެ ވެރިފަރާތުން އެކަމުގައި އުޅެފައިވަނީ އެ ގޭގެ ވރިފަރާތްކަމުގައިވާ ޙައްވާދީދީގެ ފިރި […] ޢަބްދުﷲ ފާޟިލުކަން ހެކިންގެ ބަހުން އެނގެއެވެ. މައިކްރޯ ބިލްޑާރސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން […] ފުރަތަމަ ފަންގިފިލާ ނިންމުމާ ހަމަޔަށް މަސައްކަތްކުރިއިރު ގޭގެ ވެރިފަރާތުން ނުވަތަ އޭނަގެ ފަރާތނު،އެހެން ފަރާތަކންވިޔަސް އެކަން ހުއްޓުވާފައިވާކަން އެނގެން ނެތެވެ. ޙައްވާދީދީ ގެ ނަމުގައި ރަޖިސްޓްރީކުރެވިފައިވާ […] ގައިމައިކްރޯ ބިލްޑާރސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އެ ވަރުގެ ބޮޑު މަސައްކަތެއްކޮށްފައިވަނީ ޙައްވާދީދީ ގެ އެނގުމާއި ފެނުމުގެ ތެރެއިން އޭނަގެ ބައިވެރިވުމެއް ނެތި ކަމަށްވުމަކީ ވަރަށް ދުރު އިޙްތިމާލެކެވެ. އިސްތިއުނާފުކުރެވޭ މައްސަލައިގައި ދަޢުވާކޮށްފައިވަނީ ޙައްވާ ދީދީއާއި ޢަބްދުﷲ ފާޟިލގެ މައްޗަށެވެ. މި މައްސަލައިގައި ޢަބްދުﷲ ފާޟިލގެ މައްޗަށް ދަޢުވާކުރެވޭނެ ޝަރުޢީ އަދި ޤާނޫނީ އެއްވެސް އަސާސެއް ނެތްކަމަށް ސިވިލްކޯޓުގައިޙައްވާ ދީދީ އާއި ޢަބްދުﷲ ފާޟިލގެ ފަރާތުން ބުނެފައިވެއެވެ.މައިކްރޯ ބިލްޑާރސް ޕްރައިވެޓް ލިމިޓެޑގ ފަރާތުން ކުރި ޢިމާރާތުގެ ޙަޤީޤީ ފައިދާ ލިބޭނެ ފަރާތަކެމއ.ރަބީޢުގޭގ ރަޖިސްޓްރީ ވެރިފަރާތްކަމުގައިވާ […] ޙައްވާދީދީއެވެ. މައިކްރޯ ބިލްޑާރސް ޕްރައިވެޓް ލިމިޓެޑޭން […] ކޮށްފައިވާ މަސައްކަތުގެ މުޤާބިލް އެ ފަރާތަށް ލިބިނުދެވޭނަމަ އެއީ ޙައްވާދީދއަށް ލިބޭ ނުޙައްޤު މުއްސަނދި ކަމެކެވެ.މައިކްރޯ ބިލްޑާރސް ޕްރއިވެޓް ލިމިޓެޑޭގެ ފަރާތުން […] ކޮށްފައިވާ މަސައްކަތަށް ދައްކަންޖެހޭ ފައިސާގެ ތެރެއިން ނުދައްކާވާ ފައިސާ ކަމަށް ބުނެ ހޯދުމަށް އެދިފައިވާ ފައިސާއަކީ ޙައްވާދީދީ ގެ ފަރާތުން ދައްކާފައިވާ ފައިސާކަން ޝަރީޢަތަށް މާލޭގައި ޢިމާރާތްކުރުމުގެ ހުއްދަ . ނަންބަރު 2010/72-I )09 މާރިޗު 2010.( ސާބިތުވާ ފަދަ ހެކި ހުށަހެޅިފައިވާކަމަށް ބެލެވެން ނެތެވެ. އެހެން ކަމުން އެ ފައިސާއަކީ ޙައްވާދީދީ އެކުންފުންޏަށް ދައްކަންޖެހޭ ފައިސާއެކެވެ. ވީމާ، ސިވިލް ކޯޓުގެ ނަންބަރ 2549/Cv-C/2016 ޤަޟިއްޔާގެ ޙުކުމަށް ބަދަލު ގެންނަންޖެހޭ ސަބަބެއް އޮތްކަމަކަށް ނުފެނުނެވެ.  ޙުކުމް : ދެންފަހެ، އިސްވެ ފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު ކަންކަން އެގޮތުގެ މަތިން ހުރުމުން، ސިވިލް ކޯޓުގެ ނަންބަރު 2549/Cv-C/2016 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމް އިސްތިއުނާފުކުރުމަށ […] ޙައްވާ ދީދީގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށްރިޢާޔަތްކޮށް އެ ޤަޟިއްޔާގައި ސިވިލްކޯޓުން ކުރައްވާފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭ ޝަރުޢީ ޤާނޫނީ ސަބަބެއް ނެތްކަމަށް ކަނޑައަޅައި، މިޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި ބެލި ފަނޑިޔާރުންގެ މަޖިލީހުގެޢއްތިފާޤުނި ޙުކުމްކޮށްފީމެވެ.

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

—

ޝަރީޢަތުގެ ވީޑިއޯ

މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.

ޝެއަރ ކުރައްވާ