ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
2018/HC-A/269

މޯލްޑިވްސް މެރިން ކޮންޓްރެކްޓިންގ ކޮމްޕެނީ ޕވޓ ލޓޑ ވ. ސްޓޭޓް ބޭންކް އޮފް އިންޑިޔާ

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި
ސުޕްރީމް ކޯޓުން ބާޠިލުކޮށްފައިޙުކުމުގެ ހާލަތު
ހައިކޯޓު · 31 މާރިޗު 2021ދަށު ކޯޓު: ސިވިލް ކޯޓު 1606/Cv-C/2017ބާވަތް: މަދަނީ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
ސިވިލް ކޯޓު 1606/Cv-C/2017
ފަހުގެ ތާރީޚު
ސުޕްރީމް ކޯޓު: 2021/SC-A/66 — ހައިކޯޓުގެ ޙުކުމް ބާޠިލުކޮށްފައި

ކޯ ޓާމްސް

ޚުލާޞާ

ކޯޓަށް އައި ގޮތް
ބޭންކަށް ރަހުނު ވިއްކުމުގެ ހުއްދަ 2011/Cv-C/1228 ޤަޟިއްޔާއިން ލިބިފައިވާތީ ދަޢުވާކުރާ ފަރާތްތަކުން އެދުނު ގޮތަށް ކަނޑައަޅައިނުދެވޭނެކަމަށް ސިވިލް ކޯޓުން ނިންމިއެވެ.
ވާޤިޢާ
ބޭންކުން ކުންފުންޏަކަށް ދޫކުރި ކްރެޑިޓް ފެސިލިޓީއަށް ފައިސާ ނުދެއްކުމުން، ސިވިލް ކޯޓުގެ 2011/Cv-C/1228 ޤަޟިއްޔާއިން ދަރަނި ކަނޑައަޅައި 12 މަސްދުވަހުގެ ތެރޭގައި ނުދައްކައިފިނަމަ ރަހުނުކުރި ދެ ގޯތި ވިއްކާލުމުގެ ހުއްދަ ބޭންކަށް ދިނެވެ. މުއްދަތުގައި ފައިސާ ނުދެއްކުމުން ބޭންކުން ގޯތިތައް ވިއްކުމުގެ މަސައްކަތް ފެށުމުން، އެ ވިއްކޭނީ ތަންފީޛީ ޤަޟިއްޔާއެއްގެ ތެރެއިން ކަމަށް ކަނޑައަޅައިދިނުމަށް ދަރަނިވެރިން ދަޢުވާކުރިއެވެ.
ކޯޓުން ނިންމަން ޖެހުނު ސުވާލު
ކުރީގެ ޙުކުމަކުން ރަހުނު ވިއްކާލުމުގެ ހުއްދަ ބޭންކަށް ދީފައިވާ ޙާލަތެއްގައި، އެ ރަހުނު ވިއްކޭނީ ތަންފީޛީ ޤަޟިއްޔާއެއްގެ ތެރެއިން އިތުރު ހުއްދައެއް ލިބިގެން ކަމަށް ކަނޑައަޅައިދިނުމަށް އެދުނު ދަޢުވާ ސިވިލް ކޯޓުން ބަލައިނުގަތުމަކީ ޞައްޙަ ނިންމުމެއްތޯ؛ އަދި ސިވިލް ކޯޓުގެ CR1/CA/2016/161-B5 އަމުރުގައިވާ އުޞޫލަށް ދަށުކޯޓުން ތަބާވާން ޖެހުނުތޯ.
ޚަޞްމުންގެ ހުށަހެޅުންތައް
އިސްތިއުނާފުކުރި ފަރާތްތަކުން ބުނީ ސިވިލް ކޯޓުގެ CR1/CA/2016/161-B5 އަމުރުގައިވާ އުޞޫލުތަކަށާއި ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާއާއި stare decisis ގެ އުޞޫލަށް ދަށުކޯޓުން ރިޢާޔަތްނުކުރާކަމަށެވެ. ބޭންކުން ބުނީ ހުއްދަ ޙުކުމުން ލިބިފައިވާކަމާއި، އެއް މަރުޙަލާގެ ކޯޓުތަކުގެ ނިންމުންތަކަށް ތަބާވުން ލާޒިމުނުވާކަމެވެ.
ކޯޓުގެ ސަބަބުތައް
ރަހުނު ވިއްކުމުގެ ހުއްދަ ކުރީގެ ޙުކުމުން ދީފައި އޮތުމުން އެ މައުޟޫޢު އެ މަރުޙަލާގައި އަލުން ނުބެލޭނެކަމާއި، އިތުރު ހުއްދައެއް ހޯދަންޖެހޭނެ ޤާނޫނީ ނައްޞެއް ނެތްކަމާއި، ހަވާލާދިން އަމުރަކީ ހުއްދަ ދިނުމަށްފަހު ވުޖޫދުވި އުޞޫލެއް ކަމުން މި މައްސަލައަށް ތަޠުބީޤު ނުކުރެވޭނެކަމެވެ.

ނިންމުން

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި

އިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ޙުކުމް ޤާއިމް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

HN1 ދަށު ކޯޓުތަކާއި ޓްރައިބިއުނަލްތަކުގެ ނިންމުމެއް އިސްތިއުނާފުކުރެވޭނީ، އެ ނިންމުން ބިނާވެފައިވަނީ ޤާނޫނާ ޚިލާފަށްކަމަށް ޤަބޫލުކުރެވޭނެ ސަބަބުތަކެއް ހުރުމުން، ނުވަތަ ޤާނޫނު ތަޠުބީޤުކުރުމުގައި ނުވަތަ މާނަކުރުމުގައި ކުށެއް ހެދިފައިވާކަމަށް ޤަބޫލުކުރެވޭ ކަންކަން ހުރުމުންނެވެ.

HN2 ރަހުނުގެ ގޮތުގައި ބެހެއްޓޭ މުދަލަކީ ދަރަނި އަދާނުކުރެވިއްޖެނަމަ ދަރަނި ދިން ފަރާތުގެ ޙައްޤު ހޯދުމަށް ވިއްކާލެވިދާނެ ނުވަތަ ކުއްޔަށް ދެވިދާނެ އެއްޗެއް ކަމުން، ދަރަނި އަދާނުކުރެވިއްޖެނަމަ ރަހުނު ވިއްކައިގެން ޙައްޤު ހޯދުމަށް ކޯޓުގައި އެދުމުގެ ފުރުޞަތު ރަހުނު ހިފި ފަރާތަށް ލިބިގެންވެއެވެ.

HN3 އެއް މަރުޙަލާއެއްގެ ކޯޓަކުން ނިންމާފައިވާ ނިންމުމެއްގެ މައުޟޫޢު ހަމަ އެ މަރުޙަލާގައި ދެވަނަ ފަހަރަށް ބެލުމަކީ (އިސްތިއުނާފުކުރުމުން ތަޙުވީލުކުރެވޭ މައްސަލަތައް ފަދަ އިސްތިސްނާ ޙާލަތްތައް ފިޔަވައި) ޝަރީޢަތުގައި ޢަމަލުކުރަމުން އަންނަ އުޞޫލެއް ނޫނެވެ.

HN4 ޝަރީޢަތުން ރަހުނު ވިއްކާލުމުގެ ހުއްދަ ރަހުނު ހިފި ފަރާތަށް ދީފައި އޮންނަ ޙާލަތުގައި، އެ ރަހުނެއް ވިއްކާލުމަށް އިތުރު ހުއްދައެއް ހޯދުމަށް ޝަރީޢަތަށް ހުށަހަޅަންޖެހޭނެކަމަށް ބަޔާންކުރާ ޤާނޫނީ ނައްޞެއް ނެތެވެ؛ އެހެންކަމުން އެ ހުއްދައާ އެއްގޮތަށް ރަހުނު ވިއްކާލުމުގެ މަސައްކަތް ފެއްޓުމަށް ހުރަހެއް ނެތެވެ.

HN5 ރަހުނު ވިއްކާލުމުގެ ހުއްދަ ދީފައިވާ ޙުކުމަށްފަހު ވުޖޫދުވި އުޞޫލެއް (ކޯޓު އަމުރެއްގައިވާ އުޞޫލެއް) އެ ހުއްދަ ދިނުމުގެ ކުރިން ނިމިފައިވާ މައްސަލައަކަށް ތަޠުބީޤުކުރެވިދާނެކަމަށް ނުދެކެއެވެ.

HN6 ދަށުކޯޓުން ކުރީގެ އަމުރަކަށް ރިޢާޔަތްކޮށް ދެ މައްސަލަ ތަފާތުވާ ސަބަބު ބަޔާންކޮށްފައިވާނަމަ، އެއް އުޞޫލު ނެގެހެއްޓުމަށް ރިޢާޔަތްނުކުރާކަމަށް ބުނުމަކީ ރަނގަޅު ބުނުމެއް ނޫނެވެ.

ވަކީލުންނާއި ފަނޑިޔާރުން

ވަކީލުން
—
ބެންޗު
ޙަސަން ޝަފީޢު، ޢަލީ ސަމީރު، ޙުސައިން ޝަހީދު
ރިޔާސަތު
—
ރައުޔު ލިޔުނު ފަނޑިޔާރު
ޙަސަން ޝަފީޢު · ތާއީދުކުރެއްވީ: ޢަލީ ސަމީރު، ޙުސައިން ޝަހީދު
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.

ފަނޑިޔާރު ޙަސަން ޝަފީޢުގެ ރައުޔު: (މިރައުޔަށް ފަނޑިޔާރު ޢަލީ ސަމީރު އާއި ފަނޑިޔާރު ޙުސައިން

ޝަހީދު ތާއީދުކުރައްވައެވެ.)

ތަޢާރަފު

1މިއީ، ސިވިލް ކޯޓު ގެ ނަންބަރު C/2017-Cv/1606 ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއް ގޮތްނޫން ކަމަށްބުނެ އެ ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް އެދި މޯލްޑިވްސް މެރިން ކޮންޓްރެކްޓިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް އާއި […] އިބްރާހީމް ޢަބްދުލްލަޠީފް އާއި، […] ޢާޞިމާ ޙަސަން އާއި، […] ސީމާ އަޙްމަދު އާއި، […] ޢަލީ އަހް ރޫޝް އިބްރާހީމް އަދި […] ޑޯޒެ އާމިނަތު ޢަރޫޝާ އިބްރާހީމްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބލަ ފައިވާ ޤަޟިއްޔާއެކެވެ. މި ޤަޟިއްޔާގައި އިސްތިއުނާފރައްދުވާ ފަރާތަކީ، ސްޓޭޓް ބޭންކް އޮފް އިންޑިޔާ (މާލޭ ބްރާންޗް) އެވެ.

ކަންހިނގާފައިވާ ގޮތް

2ސީމާ އަޙްމަދާއި ޢަލީ އަހްރޫޝް އިބްރާހީމާއި އައި މިނަތު ޢަރޫޝާ އިބްރާހީމާއި އަޙްމަދު ސިޔާމް މުޙައްމަދާއި އިބްރާހީމް ޢަބްދުއްލަޠީފް ޔަޤީންކަން ދީގެން ސްޓޭޓް ބޭންކް އޮފް އިންޑިޔާ (މާލޭ ބްރާންޗް) ގެ ފަރާތުން މޯލްޑިވްސް މެރިން ކޮންޓްރެކްޓިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް 13 ސެޕްޓެންބަރު 2004 ގައި ދޫކޮށްފައިވާ ކްރެޑިޓް ފެސިލިޓީތަކަށްއެއްބަސްވެފައިވ ގޮތަށާ ފައިސް ދައްކަމުންނުދާތީ، މޯލްޑިވްސް މެރިން ކޮންޓްރެކްޓިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއި މ މުޢާމަލާތަށް ޔަޤީންކަންދިން ފަރާތްތަކުގެ ކިބައިން ފައިސާ އެއްފަހަރާ ހޯދުމަށާއި، އެއްފަހަރާ ފައިސާ ނުދެއްކޭ ނަމަ ކްރެޑިޓް ފެސިލިޓީތަކާއ ގުޅިގެނި ރަހުނުކޮށްފައިވާ މުދާ ވިއްކާލުމަށްފަހު ފައިސާ ހޯދުމަށް މޯލްޑިވްސް މެރިން ކޮންޓްރެކްޓިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ މައްޗަށާއި […] މާވިލާ އަޙްމަދު އާއި، […] އަހްރޫޝް އިބްރާހީމް އާއި، […] ޢަރޫޝ އިބްރާހީމާ އާއި، […] އަޙްމަދު ސިޔާމް މުޙާއްމަދު އާއި، […] އިބްރާހީމެ ޢަބްދުއްލަޠީފް މައްޗަށް ސްޓޭޓް ބޭންކް އޮފް އިންޑިޔާއިން ދަޢުވާކޮށްފައިވެއެވެ.

3ބުނެވިދިޔަ ދަޢުވާ ބަލައި ޙުކުމްކޮށްފައިވަނީ ސިވިލް ކޯޓުގެ ނަންބަރު 2011C/-Cv/1228 ޤަޟިއްޔާއިންނެވެ.

4ދަޢުވާ ގައިވާ ކަންކަމަށް އަޙްމަދު ސިޔާމް މުޙައްމަދު ފިޔަވައި ދެންތިބި ދަޢުލިބޭ ފަރާތްތަކުން އެއްބަސްވެފައިވާތީ، ދަޢުވާކުރާ ފަރާތުން ދޫކޮށްފައިވާ ކްރެޑިޓް ފެސިލިޓީތަކަށް 2012 އޭޕްރީލް 30 ވަނަ ދުވަހުގެ ނިޔަލަށް ދައްކަންޖެހި ނުދައްކާވާކަމަށް ދަޢުވާކުރާ ފަރާތުން ހުށަހަޅާފައިވާ ލިޔެކިޔުމުން ފެންނަންއޮތް އެކުޖުމްލަ US$ 976,193.30 (ނުވަލައްކަ ހަތްދިހަހަހާސް އެއްސަތޭކަ ނުވަދިހަ ތިނެއް ޕޮއިންޓް ތިނެއް ސުމެއް އެމެރިކާ ޑޮލަރު) އާއި، މިފައިސާ ދައްކާ ޚަލާސްކުރެވެންދެން ދެފަރާތްދެމެދު އެއްބަސްވެފައިވާ ގޮތުގެ މަތީން އަރާ އިންޓްރެސްޓާއި ސާރވިސް ޗާރޖަކީ ދަޢުވާލިބުނު މޯލްޑިވްސ މެރިން ކޮންޓްރެކްޓިންގ ކޮމްޕެން ޕްރައިވެޓް ލިމިޓެޑާއި، ސީމާ އަޙްމަދާއި، ޢަލީ އަހްރޫޝް އިބްރާހީމާއި، އައިމިނަތު ޢރޫޝާ އިބްރާހީމާއި، އިބްރާހީމް ޢަބްދުއްލަޠީފް ދައްކަންޖެހޭ ފައިސާއެއްކަމުގައި ކަނޑައަޅައި، މިފައިސާ އަދާކުރުމުގެ ގޮތުން 2012 އޮކްޓ ބަރް 15 ވަނަ ދުވަހުން ފެށިގެން 12 (ބާރަ) މަސްދުވަހުގެ ތެރޭގައި ކޮންމެ މަހަކުމެ އެމަހަކަށްޖެހޭ ޢަދަދަށްވުރެ މަދުނޫން މިންވަރެއް ދައްކަމުންގޮސް، މިމުއްދަތުގެ ތެރޭގައި މިމުޢާމަލާތްތަކާއިގުޅިގެން ދައްކަންޖެހޭ އެންމެހާ ފައިސާއެއް ދައްކާ ޚަލާޞްކުރުމަށް މޯލްޑިވްސް މެރިން ކޮންޓްރެކްޓިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ މައްޗަށާއި، […] އަޙްމަދު އާއި، […] އަހްރޫޝ އިބްރާހީމް އާއި، […] ޢަރޫޝާ އިބްރާހީމް އާއި، […] އިބްރާހީމް ޢަބްދުއްލަޠީފް އަށް އަންގައި، މި މުއްދަތުގެ ތެރޭގައި ފައިސާ ދައްކާ ޚަލާޞްނުކޮށްފިނަމަ، މި މުޢާމަލާތްތަކާއި ގުޅިގެން ރަހުނުކޮށްފައިވާ […] އެވެކިޔާ ގޯތި (ރަޖިސްޓްރީ ނަންބަރު: ބ.12389)އާއި […] އެވެކިޔާ ގޯތި (ރަޖިސްޓްރީ ނަންބަރު: ބ.13503) ވިއްކާލުމުގެ ހުއްދަ ސްޓޭޓް ބޭންކް އޮފް އިންޑިޔާ (މާލެ ބްރާންޗް) އަށްދީ، އެ ޤަޟިއްޔާގައި ޙުކުމްކޮށްފައިވެއެވެ.

5ސިވިލް ކޯޓުގެ ނަންބަރު C/2011-Cv/1228 ޤަޟިއްޔާގެ މއުޟޫޢަ ޙު ކުމް ކޯޓުގެ ތަންފީޒީ އިޖުރާއަތާ ނުލައި ތަންފީޒުކޮށް، ބޭންކުގައި ރަހުނުކޮށްފައިވާ […] އެވެކިޔާ ގޯއްޗާއި، […] އެވެކިޔ ގޯތި ވިއްކުމުގެ މަސައްކަތް ސްޓޭޓް ބޭންކް އޮފް އިންޑިޔާއިން ކުރަމުންދާތީ، އެ ތަންތަން ވއްކާނަމި ހަމައެކަނި ވިއްކޭނީ ޝަރީޢަތުގެ ތަންފީޒީ އެންމެހާ އިޖުރާއަތުތަކަށްފަހު، ތަންފީޒީ ޤަޟިއްޔާއި އްގެ ތެރެއިން އެފަދަ ހުއްދައެއް ސްޓޭޓް ބޭންކް އޮފް އިންޑިޔާ ދިނުމނު ކަމަށާއި، ޝަރީޢަތުގެ ތަންފީޒީ އިޖުރާއަތުން ބޭރުން ސްޓޭޓް ބޭންކް އޮފް އިންޑޔިއަށް އެ މުޢާމަލާތް ނުކުރެވޭނެކަމަށް ކަނޑައަޅައި ދ ނުމަށއެދް އިސްތިއުނާފުކުރާ ފަރާތްތަކުން ސިވިލް ކޯޓުގައި ދަޢުވާކޮށްފައިވެއެވެ.

6އިސްތިއުނާފު ކުރެވިފައިމިވަނީ ބުނެވެދޔި ދަޢުވާކުރުމުން ސިވިލް ކޯ ޓުން ނިންމާފައިވާ ޤަޟިއްޔާއެވެ.

ސިވިލް ކޯޓަށް ހުށަހެޅި ދަޢުވާ

7އިސްތިއުނާފުކުރާ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި ދަޢުވާގެ ޞީޣާ ގައި ބުނެފައިވަނީ: "ސިވިލ ކޯޓުގް ނަންބަރު C/2011-CV/1228 ޤަޟިއްޔާގައި ބައްލަވާފައިވާ މައްސަލާގައި ސީމާ އަޙްމަދާއި، ޢަލީ އހަރޫޝް އިބްރާހީމާއި، އައިމިނަތު ޢަރޫޝާ އިބްރާހީމާއި، އިބްރާހީމް ޢަބްދުއްލަޠީފް އާއި އަޙްމަދު ސިޔާމް މުޙައްމަދުގެ ފަރާތުން ޝަޙްސީ ޔަޤީންކަންދީގެން ސްޓޭޓް ބޭންކް އޮފް އިންޑިޔާ (މާލޭ ބްރާންޗް) އިން މޯލްޑިވްސް މެރިން ކޮންޓްރެކްޓިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް ދޫކޮށްފައިވާ ކްރެޑިޓް ފެސިލިޓީތަކާއ ގުޅިގެނި އެ ބޭންކްގައި ރަހުނުކޮށްފައިވާ […] އެވެ ކިޔާ ގޯއްޗާއި، […] އެވެ ކިޔާ ގޯތި ވިއްކުމުގެ މަސައްކަތް ސްޓޭޓް ބޭންކް އޮފް އިންޑިޔާއިން ކުރަމުންދާތީ، ސްޓޭޓް ބޭންކް އޮފް އިންޑިޔާގައި ރަހުނުކޮށްފައިވާ […] އެވެ ކިޔާ ގޯއްޗާއި، […] އެވެ ކިޔާ ގޯތި ވިއްކާނަމަ، ހަމައެކަނި ވިއްކޭނީ، ޝަރީޢަތުގެ ތަންފީޛީ އެންމެހާ އިޖުރާއަތުތަކަށްފަހު، ތަންފީޛީ ޤަޟިއްޔާގެ ތެރެއިން ވިއްކުމުގެ އެފަދަ ހުއްދައެއް ސްޓޭޓެ ސިވިލް ކޯޓުގެ ނަންބަރު C/2017-Cv/1606 ޤަޟިއްޔާ ބޭންކް އޮފް އިންޑިޔާއަށ ދިނުމުން ކަމަށާއި، ޝަރީޢަތުގެ ތަންފީޛީ އިޖުރާއަތުން ބޭރުން ސްޓޭޓް ބޭންކް އޮފް އިންޑިޔާއަށް މި މުޢާމަލާތް ނުކުރެވޭނެކަމަށް ކަނޑައަޅުއްވައި ދެއްވުމަށްއެދި." މި ފަދައިންކަނ އެނގެން އޮވެއެވެ.

8އަދި އެޤަޟިއްޔާގައި ޙުކުމްކޮށްފައިވަނީ: [ދެންފަހެ، ބުނެވެދިޔަ ކަންކަން އެގޮތުގައި ހުރުމާއެކު، މޯލްޑިވްސް މެރިން ކޮންޓްރެކްޓިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއި، […] / މާލެ،އިބްރާހީމް ޢަބްދުއްލަޠީފްއާއި، […] / މާލެ ޢޞާމާ ޙަސަން އާއި، […] / މާލެ، ސީމާ އަޙްމަދުއާއި، […] / މާލެ، ޢަލީ އަޙްރޫޝް އިބްރާހީމްއާއި، އާމިނަތު އަރޫޝަ އިބްރާހީމްގެ ފަރާތުން ސްޓޭޓް ބޭންކް އޮފް އިންޑިޔާ (މާލޭ ބްރާންޗް)ގެ މައްޗަށް ދަޢުވާކޮށް ހުށަހަޅާފައިވާ މި މައްސަލާގައި ދަޢުވާކުރާ ފަރާތްތަކުން އެދިފައިވާ ފަދައިން […] އެވެކިޔާ ގޯއްޗާއި، […] އެވެކިޔާ ގޯތި ވިއްކުމާގުޅޭ މަސައްކަތް ދަޢުވާލިބޭ ފަރާތުން ކުރަމުންދަނީ ސިވިލް ކޯޓުގެ ނަންބަރު -Cv/8122 C/2011 ޤަޟިއްޔާއިން އެފަރާތަށް އެ ހުއްދަލިބިގެންކަނ އެނގެން އޮންނާތީ، މި މައްސަލާގައި ދަޢުވާކުރާ ފަރާތްތަކުން އެދިފައިވާ ފަދައިން ކަނޑައަޅައިދެވެނ ނެތްކަމަށް ކަނޑައަޅައި، ދަޢުވާކުރާ މޯލްޑިވްސް މެރިން ކޮންޓްރެކްޓިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއި، […] / މާލެ، އިބްރާހީމް ޢަބްދުއްލަޠީފްއާއި، […] / މާލެ، ޢާ ޞިމާ ޙަސަންއާއި، […] / މާލެ، ސީމާ އަޙްމަދުއާއި، […] ޑޯޒް / މާލެ، ޢަލީ އހަރޫޝް އިބްރާހީމްއާއި، އާމިނަތު ޢަރޫޝާ އިބްރާހީމްގެ ޣައިރުޙާޟިރުގައި ޙުކުމްކޮށްފީމެވެ." މިފަދައިންނެވެ.

އިސްތިއުނާފަށް ހުށަހެޅުނު ނުކުތާތައް

9ސިވިލް ކޯޓުގެ ނަންބަރު C/2017-Cv/1606 ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނޫނކަމަށް ބުން އެ ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް އެދި މޯލްޑިވްސް މެރިން ކޮންޓްރެކްޓިންގ ސިވިލް ކޯޓަށް ހުށަހެޅި ދަޢުވާ ފޯމުގެ 7 ވަނަ ނަންބަރު ސިވިލް ކޯޓުގެ ނަންބަރު C/2017-Cv/1606 ޞަފްހާ ނަންބަރު 11-10 ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް އާއި […] އިބްރާހީމެ ޢަބްދުލްލަޠީފް އާއް […] އާޞިމާ ޙަސަން އާއި، […] ސީމާ އަޙްމަދު އާއި، […] ޢަލީ އހަރޫޝ އިބްރާހީމް އަދި […] އާމިނަތު ޢަރޫޝާ އިބްރާހީމްގެ ފަރާތުން އަންނަނިވި ނުކުތާތައް ހުށަހަޅާ އެނުކުތާތަކާ ބެހޭ ގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. އެގޮތުން ހުށަހަޅާފައިވާ ނުކުތާތަކަކީ:

1.9 ސިވިލް ކޯޓުގެ ނަންބަރު CR1/CA/2016/161-B5 އަމުރަށް ރިއާޔަތްކުރައްވަން ނުޖެހޭކަމަށް ނިންމަވާފައިވަނީ ސިވިލް ކޯޓުގެ ނަންބަރު CR1/CA/2016/161-B5 އަމުރު ބިނާވާ ވާޤިއާތައް ތަފާތުވުމުން ކަމަށް ސިވިލް ކޯޓުގެ ނަންބަރު C/2017-Cv/1606 ޤަޟިއްޔާއިން ނިންމަވާފައިވަނީ ސިވިލް ކޯޓުގެ ނަންބަރު CR1/CA/2016/161-B5 އަމުރު ބިނާވާ ވާޤިއާތަކަށް ރިއާޔަތްކުރެވިގެން ކަމުގައިނުވާކަމަށް ބުނެ ހުށަހެޅި ނުކުތާ އަދި

2.9 ފަނޑިޔާރެއްގެ ކުރިމައްޗަށް ހުށަހެޅޭ އެއްބާވަތުގެ މައްސަލަތަކުގައި، އެއް އުސޫލެއް ނެގެހެއްޓުމަކ ޤާނޫނީ ނަންބަރު 2010/13 (ފ ނޑިޔާރުންގެ ޤާނޫނު) ގެ 5ވަނަ މާއްދާގެ ދަށުން (ށ)ގެ 2 ނަންބަރުގައި ބަޔާންކޮށްފައިވާ ހަމައެއްކަމަށްވާއިރު، އިސްތިއުނާފުކުރެވިފައި މިވާ ސިވިލް ކޯޓުގެ ނަންބަރު C/2017-Cv/1606 ޤަޟިއްޔާގައި ޤާނޫނީ ފަރުވާއެއް ހޯދުމަށްއެދި އިސްތިއުނާފުކުރާ ފަރާތްތަކުން އެދޭ ގޮތާއި، ސިވިލް ކޓުގޯ ނަންބަރު -B5 CR1/CA/2016/161 ކޯޓު އަމުރުގައި ކަނޑައަޅުއްވާފައިވާ އުޞޫލުތަކާއި އެއްގޮތްކަން އެނގެން އޮތްއިރު، ސިވިލް ކޯޓުން ކަނޑައަޅުއްވާފައިވާ މި އުސޫލުތއަ ނެގެހެއްޓުމަށް ސިވިލް ކޯޓުގެ މައްސަލަ ބެއްލެވި ޤާޟީ އެއްވެސް މިންވަރަކަށް ރިޢާޔަތް ކުރައްވާފައިނުވާކަމަށް ބުނެ ހުށެހެޅި ނުކުތާއެވެ.

އިސްތިއުނާފުކުރާފަރާތުން އެދޭގޮތް

10އިސްތިއުނާފުކުރާފަރާތުން އެދިފައިވަނީ:

1.10 "ސިވިލ ކޯޓުގް ނަންބަރު C/2017-Cv/1606 ޤަޟިއްޔާގެ ޙުކުމް ބާޠިލްކޮށްދެއްވުނު؛

2.10 މި ފޯމްގެ 7 ވަނަ ނަންބަރާއި 8 ވަނަ ނަންބަރުގައިވާ ސަބަބުތަކުގެ މައްޗަށް ރިޢޔަތްކާ ށ، ސިވިލ ކޯޓަށް ހުށަހަޅާފައިވާ މުދަލާއި ފައިސާއާބެހޭ ކުދި މައްސަލަތަކާއި އަވަސްނިޔާގެ މައްސަލަތައް ބަލާ ޑިވިޜަނަށް މައްސަލަ ހުށަހަޅާ ފޯމްގެ 12 ވަނަ ނަންބަރުގައި އެދިފައިވާ އުސޫލުން މައްސަލާގައި ޙުކުމް ކޮށްދެއްވުމށާއި؛

3.10 ސިވިލް ކޯޓުގެ ނަންބަރު CR1/CA/2016/161-B5 ކޓޯ އަމުރުގައި ނަގަހައްޓާފައިވާ އުސޫލުތަކަށް ރަހުނު ވިއްކަން ޖެހިއްޖެ ހާލަތެއްގައި އަމަލު ކުރުމަށް އިސްތިއުނާފު ރައްދުވާ ސްޓޭޓް ބޭންކް އޮފް އިންޑިޔާގެ މައްޗަށް އަންގަވައި އަމުރުކށޮ ދެއްވުމަށާއި؛

4.10 މި މައްސަލަ ބަލާ ޝަރުޢީ ތުން ފައިސަލާކުރަނިވި ޙުކުމެއް ކުރުމުގެ ކުރިން ސިވިލް ކޯޓުގެ ނަންބަރު C/2017-Cv/1606 ޤަޟިއްޔާގެ ޙުކުމް ތަންފީޛްކުރުމުގެ ގތުނޮ އެއްވެސް ފިޔަވަޅެއް ނޭޅުމަށޮ އިސްތިއުނާފުރައްދުވާ ފަރާތަށާއި، ދައުލަތުގެ ކަމާބެހޭ އެންމެހާ އިދާރާތަކަށް އަންގާ އަމުރުކޮށްދެއްވުން؛

5.10 މި މައްސަލަބަލާ ޝަރީޢަތުން ފައިސަލާކުރަނިވި ޙުކުމެއް ކުރުމުގެ ކުރިން ސްޓޭޓް ބޭންކް އޮފް އިންޑިޔާގައި ރަހުނުކޮށްފައިވާ […] އެވެ ކިޔާ ގޯއްޗާއި، […] ށުގެ އެވެ ކިޔާ ގޯތި ވިއްކުމުގެ ގޮތުން ނުވަތަ އެ ގޯތި ވިއްކުމާ ގުޅޭގޮތުން އެއްވެސް މުޢާމަލާތެއް ނުކުރުމަށް އިސްތިއުނާފުރައްދުވާ ފަރާތަށާއި ދައުލަތުގެ ކަމާބެހޭ އެންމެހާ އިދާރާތަކަށް އަންގާ އަމުރުކޮށް ދެއްވުމަށް އެދި ހުށަހަޅަމެވެ." މިފަދައިންކަން އެނގެން އޮވެއެވެ. އިސްތިއުނާފު ފޯމުގެ 10ވަނަ ނަންބަރު އިސްތިއުނާފީ ނުކުތާތަކާމެދު ދެފަރާތުގެ ޖަދަލު ފުރަތަމަ ނުކުތާ: ސިވިލް ކޯޓުގެ ނަންބަރު CR1/CA/2016/161-B5 އަމުރަށް ރޢި ޔަތްކުރައްވަނާ ނުޖެހޭކަމަށް ނިންމަވާފައިވަނީ ސިވިލް ކޯޓުގެ ނަންބަރު CR1/CA/2016/161-B5 އަމުރު ބިނާވާ ވާޤިއާތައް ތަފާތުވުމުން ކަމަށް ސިވިލް ކޯޓުގެ ނަންބަރު 17C/20-Cv/1606 ޤަޟިއްޔާއިން ނިންމަވާފައިވަނީ ސިވިލް ކޯޓުގެ ނަންބަރު CR1/CA/2016/161-B5 އަމުރު ބިނާވާ ވާޤިއާތަކަށް ރޢި ޔަތްކުރެވިގެން ކަމުގައިނުވާކަމަށ ބުން ހުށަހެޅި ނުކުތާ

11އިސްތިއުނާފކު ރ ފަރާތުން ބުނެފައިވަނީ އިސްތިއުނާފުކުރާ ފަރާތްތަކުގެ މައިގަނޑު އަސާސަކީ ސިވިލް ކޯޓުގެ ނަންބަރު C/2011-Cv/1228 ޤަޟިއްޔާގެ މއ ޟު ޢޫގައި ސިވިލް ކޯޓުން ކުރައްވާފައިވާ ޙުކުމް ތަންފީޛް ކުރެވޭނީ ސިވިލް ކޯޓުގެ ތަންފީޛީ އިޖުރާއަތު ފުރިހަމަ ކުރުމަށްފަހުގައި ކަމަށެވެ. ސްޓޭޓް ބޭންކް އޮފް އިންޑިޔާއިން ދޫކޮށްފައިވާ ލޯނު ފެސިލިޓީއާ ގުޅިގެން ރަހުނުކޮށްފައިވާ މާފަންނު މޑޯޒެ ގޯއްޗާއި، ހެންވޭރު އަތަގަސްދޮށުގ އެވެ ކިޔާ ގޯތި ބޭންކްގެ ފަރާތުން ވިއްކާނަމަ، ހަމައެކަނި ވިއްކޭނީ ސިވިލް ކޯޓުގެ ތަންފީޛީ އިޖުރާއަތުގެ ތެރެއިން ރަހުނު ތަންފީޛުކޮށް ވިއްކުމުގެ ހުއްދަ ލިބިގެންކަމަށެވެ. އަދި މިކަމަކީ މީގެކުރިން ސިވިލް ކޯޓުން ރޫލިންގ އެއް ނެރުއްވައި ކަނޑައަޅުއްވާފައިވާކަމެއް ކަމާއި، ސިވިލް ކޯޓުގެ ނަންބަރ C/2017-Cv/1606 ޤަޟިއްޔާ ނިންމެވުމުގައި ސިވިލް ކޯޓުން އަމަލު ކުރުމުގައި ކޯޓުން ކށަވަރުކުރަންޖެހަ 4 ކަމެއް ބަޔާންކޮށްފައިވާއިރު، އެ އަމުރުގެ 1ވަނަ ނަންބަރާއި، 4ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ކަންކަމަކީ އިސްތިއުނާފު ކުރެވިފައި މިވާ ޤަޟިއްޔާގެ ތެރެއިންވެސް ބަލައި ސިވިލް ކޯޓުގެ ތަންފީޛީ މަރުހަލާއިން ކަށަވަރު ކުރަންޖެހޭ ކަންކަން ކަމަށް ދެކޭކަމަށް އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވެއެވެ.

12އިސްތިއުނާފުރައްދުވާ ފަރާތުން މި ނުކުތާއަށް ޖަވާބު ދެމުން ބުނެފައިވަނީ ސިވިލް ކޯޓުގެ ނަންބަރު C/2017-Cv/1606 ޤަޟިއްޔާއިން ފާހަގަކޮށްފައިވާފަދައިން […] އެވެ ކިޔުނު ގޯއްޗާއި، […] އެވެ ކިޔުނު ގޯއްޗަކީ ރަހުނުކުރެވިފައިވާ ދގޯތިކަމާއި، ސިވިލް ކޯޓުގެ ނަންބަރ C/2011-Cv/1228 ޤަޟިއްޔާގައި ބަޔާންކުރައްވާފައިވާ ފައިސަ 15 އޮކްޓޫބަރު 2201 އިން ފެށިގެން (ބާރަ) މަސްދުވަހުގެ ތެރޭގައި ޙުކުމާ އެއްގޮތަށް މިމުއްދަތުގައި ދައްކައި ޚަލާސްކޮށްފައި ނުވާނަމަ […] އެވެ ކިޔާ ގޯއްޗާއި، […] ކިޔާ ގޯތި ވިއްކާލމުގު ހުއްދަ މި މައްސަލަ އިގައި އިސްތިއުނާފު ރައްދުވާ ސްޓޭޓް ބޭންކް އޮފް އިންޑިޔާ (މާލެ ބްރާންޗް) އަށް ލިބިގެންވާކަން ކަނޑައަޅުއްވާފައިވާކަން ސިވިލް ކޯޓުގެ ނަންބަރު C/2011-Cv/1228 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން އެނގެން އޮންނައިރު، މިބުނެވުނު ޤަޟިއްޔާގެ ޙުކުމާ އެއްގޮތަށް ދޢަ ވާކުރާ ފަރާތުން ފައިސާ ދައްކައި ޚަލާސްކޮށްފައި ނުވާކަމާމެދު ދައުވާކުރާ ފަރާތުން އިންކާރު ކޮށްފައިނުވާކަން ސިވިލް ކޯޓުގެ އިސްތިއުނާފު މިކުރާ ޤޟިއްޔާގަ ޝަރީޢަތަށް ފާހަގަކުރެވުނު ހަތަރުވަނަ ނުކުތާގައި ފާހަގަކޮށްފައިވަނީ ރަނގަޅަށްކަމަށް އިސްތިއުނާފުރައްދުވާ ފަރާތުން ޤަބޫލުކުރާކަން ފާހަގަކުރާކަމަށެވެ. އަދި ރަހުނު ވިއްކާލުމުގެ ހުއްދަ ރަހުނު ހިފިފަރާތށަ ޝަރްޢީ ތުނ ދީފައި އޮންނަ ޙާލަތްތަކުގައި އެ ރަހުނެއް ވިއް ކާލުމަށްޓަކައިއިތުރު ހުއްދައެއް ހޯދުމަށްޝަރީޢަތައް ހުށަހަޅަން ނުޖެހޭނެކަން "ބިމާއި ޢިމާރާތް އަދި ފްލެޓް ރަހުނުކުރުމާބެހޭ ގަވާއިދު" ގެ 11ވަނަ ނަންބަރަށް ބެލުމުން އެނގެން އޮންނާތީ، އިސްތިއުނާފު ރައްދުވާ ފަރާތުން […] އެވެ ކިޔާ ގޯއްޗާއި، […] ކިޔު ގޯތި ވިއްކާލުމަށް މަސައްކަތް ކުރަމުންދަނީ އެކަން ކަނޑައެޅިފައިވާ އިޖރު އާތު ފުރިހަމަނުކޮށް ކަމަށް ބެލެވެން ނެތްކަމަށް ސިވިލް ކޯޓުގެ ނަންބަރު C/2017-Cv/1606 ޤަޟިއްޔާއިން ފާހަގަކޮށްފައިވަނީ ޤާނޫނީ އަދ ޝަރުޢީ ހަމަތަކުގެ ތެރެއިން ރަނގަޅަށްކަމަށް އިސްތިއުނާފުރައްދުވާ ފަރާތުން ދެކޭކަމަށް ބުނެފައިވެއެވެ. އަދި ބިމާއި އިމާރާތް އަދި ފްލެޓް ރަހުނުގެ ގޮތުގައި ހިމެނޭ ލޯނާގުޅޭ މައްސަލަތަކުގައި ޝަރުޢީ ތުނ ކަނޑައަޅުއްވާފައިވާ ގޮތުގެ މައްޗަށް ފައިސާ ދައްކައި ޚަލާސްކުރުމަށް އަންގަވާ އެންގެވުމާ އެއްގޮތަށް ފައިސާ އަދާނުކޮށްފިނަމަ، ރަހުނު ވިއްކާލުމުގެ ހުއްދަ ޝަރުޢީ ތުން ދެއްވާފައި އޮންނަ ޙާލަތްތަކުގައި، ފައިސާ ދައްކައި ޚަލާސްކޮށްފައިވާނަމަ، އެ ޙާލަތަކީ ރަހުނު ވިއްކާލުން މަނާކުރުމުގެ އަމުރަކަށް ރަހުނު ބެހެއްޓިފަރާތުން އެދެވިދާނެ ޙާލަތެއްކަމުގައިވީނަމަވެސް، ސިވިލް ކޓޯ ގ ނަންބަރ C/2011-Cv/1228 ޤޟިއްޔާގައަ އިސްތިއުނާފުކުރާ ފަރާތަށް ފައިސާދައްކަން ދެވުނު މުއްދަތުގައި ފައިސާދައްކާފައިނުވާކަން އނެ ގެން އޮންނަކަމާއި، އަދި އިސްތިއުނާފުކުރާ ފަރާތުން ރަހުނު ވިއްކުން މަނާކުރުމުގެ އަމުރަކަށް އެދިފައިވަނީ އެފަދަ ސަބަބަކާ ލައިގެން ނޫންކަން އެނގެން އޮންނަކަން ސިވިލް ކޯޓުން ފާހަގަކޮށްފައި ވަނީ ރަނގަޅަށް ކަމަށް އިސްތިއުނާފުރައްދުވާ ފަރާތުން ބުނެއެވެ. އެހެންކަމުން، ސްޓޭޓް ބޭންކް އޮފް އިންޑިޔާއަށް ސިވިލް ކޯޓުގެ ނަންބަރު C/2011-Cv/1228 ޤަޟިއްޔާއިން ރަހުނު ވިއްކާލުމަށްދީފައިވާ ޙައްޤކ ޝަރުޢީ އަދ ޤާނޫނާ ހަމަތަކުގެ މަތިން އ ބޭންކަށް ލިބިފައިވާ ޙައް ޤއްކަމަށް ސިވިލެ ކޯޓގު C/2017-Cv/1606 ޤޟިއްޔާއިނަ ނިންމާފައިވަނީ ރަނގަޅަށްކަމަށް އިސްތިއުނާފ ރައްދުވު ފަރާތުނާ ދެކޭކަން ފާހަގަކޮށްފައިވެއެވެ. ދެވަނަ ނުކުތާ: ޤާނޫނު ނަންބަރު 2010/13 (ފަނޑިޔާރުންގެ ޤާނޫނު) ގެ 5ވަނަ މާއްދާގަ ދަށުން (ށ) ގެ 2 ނަންބަރުގައި ބަޔާންކޮށްފައިވާކަންކަމަށ ފަނޑިޔާރް ރޢި ޔަތްކުރައްވާފައާ ނ ވާކަމަށް ބުނެ ހުށަހެޅި ނުކުތާ

13އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވަނީ ސިވިލް ކޯޓުގެ ނަންބަރު CR1/CA/2016/161-B5 ކޯޓު އަމުރުގައި ބަޔާންކޮފައިވާ އުސޫލުތަކުގެ މައްޗަށް ރިޢާޔަތްކުރާއިރު، ރަހުނެއް ވިއްކާލުމުގެ މަސައްކަތް ބޭންކަކުން ނުވަތަ އެނޫންވެސް މާލީ އިދާރާއަކުން ކުރުމުގައި ސިވިލް ކޯޓުގެ ތަންފީޛީ އިޖުރއާ ތްތަކުނަ ޔަޤީންކޮށް ކަށަވަރު ކުރަންޖެހޭ ކަންތައްތަކެއްވާކަމަށ ބަޔާންކޮށް ކަނޑައަޅުއްވާފައިވާކަމަށެވެ. އިސްވެ ދެންނެވުނު ކޯޓު އަމުރުގައި ބަޔާންކުރާ ހާލަތްތައް އަދި އުސޫލުތައް އިސްތިއުނާފުކުރެވިފައި މިވާ މައްސަލާގައި ތަތބީގުކުރަންޖެހޭ ކަމަށް ދެކޭކަމަށެވެ. އެހެނީ doctrine of stare decisis ގެ ޤާނޫނީ މަބްދަޢަށް ބަލާއިރު، އެއްބާވަތުގެ މައްސަލަތަކގައު އެއި ކޯޓަކުން އެއް އުސޫލުތަކެއްގެ މައްޗަށް ބިނާކޮށް ޙުކުމްތައް ނެގެހެއޓްމަކ މައްސަލީ ބައްލަވާ ފަނޑިޔާރެއް ރިޢާޔަތްކުރައްވަންޖެހޭ އުސޫލއްކަމަށައެ އެއި އަދުލު އިންސާފު ޤާއިމް ކުރުމުގެ ބާރުގެ މައްޗަށް އޮންނަ އިތުބާރު ޤާއިމުކުރުމަށާއި، ޤާނޫނުގެ ބާރު އެއް ހަމައަކުން ނަގަހައްޓައި،ދެމެހެއްޓުމައްޓަކައި ދުނިޔޭގެ ތަރައްޤީވެ ތަހުޒީބުވެފައިވާ މުޖުތަމަޢުތަކުންވެސް އަމަލުކުރަމުންދާ އުޞޫލުކަމަށް އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވެއެވެ. އަދި ޤާނޫނު ނަންބަރު 2010/13 (ފަނޑިޔާރުންގެ ޤަނޫނު) ގެ 5ވަނަ މާއްދާގަ (ހ) ގެ 2 ނަންބަރުގައި ބަޔާންކޮށްފައިވަނީ ފަނޑިޔާރުންގެ މަސްއޫލިއްޔަތު އަދާކުރުމުގައި "މައްސަލައާ އެއްފަދަ އެހެން މައްސަލަތަކުގައި އެ ކޯޓުން ކުރިން ކޮށްފައިވާ ޙުކުމް ނުވަތަ އެ ކޯޓަށްވުރެ މަތީ ކޯޓަކުން ކޮށްފައިވާ ޙުކި މަށް ރޢި ޔަތްކުރަންވާނެކަމަށާ އާ އެހެންނަމަވެސް އިސްތިއުނާފު ކުރެވިފައިމިވާ މައްސަލާގައި ސިވިލް ކޯޓުން ޙުކުމް ކުރެއްވިއިރު، އިސްވެ ދެންނެވުނު ޤާނޫނީ އަސާސްގެ މައްޗަށް އެއްވެސް މިންވަރަކަށް ރިޢާޔަތްކޮށްފައިނުވާކަން ފާހަގަކުރާކަމަށް އިސްތިއުނާފުކުރާ ފރާތުނަ ބުނެފައިވެއެވެ.

14އިސްތިއުނާފުރައްދުވާ ފަރާތުން މިނުކުތާއަށް ޖަވާބުދެމުން ބުނެފައިވަނީ ސިވިލް ކޯޓގު ނަންބަރު -Cv/1606 C/2017 ޤަ ޟިއްޔާގައި ފަނޑިޔާރު އެމައްސަލާގައި ހިމެނޭ ވާޤިޢާ ތަފާތުކަން ފާހަގަކުރައްވާފައިވަނީ ރަނގަޅަށްކަމަށް އިސްތިއުނާ ފ ރައްދުވު ފަރާތުން ދެކޭކަން ފާހަގަކުރާކަމަށެވެ. ޤާނޫނީ މަބްދައެއްގެ ގޮތުގައި Doctrine of stare decisis އަށް ޙަވާލާދީފައިވއިރ ޤާނޫނު ނަންބަރާ 2010/22 "ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު" ގެ ތެރޭގައި ރައްކާކުރެވިފައިވާ މަބްދައެއްކަމަށްވީ ހިނދު އިސްތިއުނާފުކުރާފަރާތުގެ މިވާހަކަތަކަކީ ކޯޓުތައް މިސްލީޑްކުރުމުގ ގޮތުނެ ދައްކާވާހަކަތަކއްކަމެ ށ ބުނެފައިވެއެވެ. މި ޤާނޫނުގެ ހަތަރުވަނާ ބާބުގައި ދަށުކޯޓުތަކުން އެއްކޯޓުން އަނެއްކޯޓުގެ ނިންމުމަށް ތަބަޢަވާންޖެހޭނ ކަމަށެ ބަޔާން ކޮށްފައިނުވާކަމާއި، އަދި ވަކި ޤާނޫނީ ޑޮކާ ޓްރިންގ އަކާއި ގުޅޭގޮތުން އެތަނެއްގެ ގާނޫނުގައި ގޮތެއްކަނޑައެޅުމަކީ ސްވެރިންގ ގައުމުތަކަށް ލިބިގެންވާ އިޚްތިސާސެއްކަމަށްވީއިރު، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 143ވަނަ މާއްދާގެ (ރ) ގައި މަތީ މަރުޙަލާގެ ކޯޓުތަކުން ނިންމާ ނިންމުތަކަށް އެއަށްވުރެ ދަށު މަރުޙަލާގެ ކޯޓުތަކުން ތަބާވާންޖެހޭނެ ކަމަށް ބަޔާންކޮށްފައިވާކަނ ފާހަގަކޮށްފައިވެއެވެ. ޤާނޫނު ނަންބަރު 2010/22 "ދިވެހިރާއްޖޭގ ކޯޓުތަކުގެ ޤާނޫނު"ގެ 20ވަނަ މާއްދާގަ (ހ) ގައި މައްސަލައެއްގައި ސުޕްރީމް ކޯޓުން ނިންމާ ނިންމުމަކީ ދިވެހިރާއްޖޭގެ އެހެން ހުރިހާ ކޯޓުތަކުން ތަބަޢަވުނ ލާޒިމް ނިންމުމެއްކަމަށް ބަޔާންކޮށްފައި އޮތުމަށް ބަލާއިރު، އެއް މަރުޙަލާގެ ކޯޓަކުން ނިންމާ ނިންމުންތައް އެމަރުޙަލާގެ ކޯޓުތަކުން ތަބާވާންޖެހޭކަމަށް އޮތް ނިންމުމެއް ނެތްކަމަށާއި، އެހެންކަމުން، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ ހަތަރުވަނަ ބާބުގައި ދަށުކޯޓު ތަކުގެ އިޚްތިސާސްގެ ތެރޭގައި އިސްތިއުނާފްކުރާފަރާތުން ފާހަގަކުރާ ޤާނޫނާ މަބަދައުގެ ބާރު ލިބިގެންވާކަމަށް ބަޔާންކޮފައި ނެތުމުން އިސްތިއުނާފު ކުރާފަރާތުގެ އެވާހަކަތަކަކީ، ސިވިލްކޯޓގު ނަންބަރު C/2017-Cv/1606 ޤޟިއްޔާގައަ ފަނޑިޔާރި ފހަގާ ކުރައްވާފައިވާ ފަދައިން ތަފާތު ވާ ޤިޢާއެއްކަމަށް އެގެން އޮންނަ އޮތުމުގެ އިތުރަށް މިމަބްދައަށ ވަކް ގާނޫނީ ހަމައެއް ދިވެހިރާއްޖޭގައި ކަނޑައެޅިފައިވާއިރު، އެ މަބްދައުން ބޭރުވެ ފުޅާކުރުމުގެ ޖާގަލިބިގެނ ނުވާކަން އނެ ގެން އޮނނަކަމް ށ އިސްތިއުނާފުރައްދުވި ފަރާތުން ބުނެފައިވެއެވެ. ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤނޫނުއަސާސީގާ 68ވަނަ މާއްދާގައި ހުޅުވިފައިވާ ޑިމްކޮރަސީތަކުގައި ޢަމަލުކުރާ އުސޫލަށް ތަބަޢަވުން ލާޒިމްކޮށްފައިނުވާހިނދ އެއު ރޢި ޔަތްކުރެވިދާނެކަމެއްކަނާ ބަޔާންކޮށްފައި އޮތުމުން، އެއީ ކަމެއްގައި ޤާނޫނާ ނުވަތަ އެފަދަ އެހެން އުސޫލެއް ލިޔެވިފައި ނެތްކަންތަކުގައި ގައިޑްކުރާ ހަމައެއްކަން އެނގޭކަމަށާއި، އިސްތިއުނާފު ކުރާފަރާތުން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސީސީއާއި، ދިވެހރާއްޖޭގި ކޯޓތަކާބެހު ގާނނުނޫ ޢަމަލު ކުރަމުން އަންނަ އުސޫލުތަކުން ބޭރަށް އިސްތިއުނާފުކުރެވޭ މިމައްސަލާގައި ދައްކާފައިވަނީ ގާނޫނީ އަދި ޝަރުޢީ ހަމަތަކެއް އެކުލެވޭ ވާހަކަތަކެއް ކަމަށް އިސްތިއުނާފު ރައްދުވާފަރާތުން ނުދެކޭ ކަން ފާހަގަކޮށްފައިވެއެވެ.

އިސްތިއުނާފރައްދުވާ ފަރާތުން އެދޭގޮތު

15އިސްތިއުނާފު ރައްދުވާފަރާތުން އެދިފައިވަނީ: "އިސްތިއުނާފުރައްދުވާ ފަރާތުން އެދެނީ ސިވިލް ކޯޓުގެ ނަންބަރު C/2017-Cv/1606 ޤަޟިއްޔާ ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނާ ޚިލާފަށްކަމަށް ކަނޑައެޅެން ނެތްކަމަށާއި، އެހެންކަމުން ސިވިލް ކޯޓުން ކޮށްފައިވާ ޙުކުމް ބާޠިލުކުރާނެ ތަނެއް ނެތްކަމަށް ކަނޑައަޅައި ވީހާވެސް އަވަހަށް ޙުކުމް ކޮށްދެއްވުން އެދެމެވެ." މިފަދައިންކަން އެނގެނި އޮވެއެވެ. އިސްތިއުނާފީ ދަޢުވާގެ ޖަވާބު ހުށަހަޅާ ފޯމުގެ 5ވަނަ ނަންބަރު އިސްތިއުނާފީ ނުކުތާތަކާމެދު ޝަރީޢަތުން ރިޢާޔަތްކޮށްފައިވާ ގޮތް

16HN1ދަށު ކޯޓުތަކާއި ޓްރައިބިއުނަލްތަކުގެ ނިންމުންތައް އިސްތިއުނާފު ކުރެވޭނެ ޙާލަތްތަކުގެ ތެރޭގައި، އިސްތިއުނާފުކުރަން ހުށަހަޅާ ޙުކުމް ނުވަތަ ނިންމުން ބިނާކުރެވިފައިވަނީ ޤާނޫނާ ޚިލާފަށްކަމަށް ޤަބޫލުކުރެވޭނެ ސަބަބުތަކެއް ހުރުން ނުވަތަ ޤާނޫނު ތަޠުބީޤުކުރުމުގައި ނުވަތަ ޤާނޫނު މާނަކުރުމުގައި ކުށެއް ހެދިފައިވާކަމަށް ޤަބޫލުކުރެވޭނެ ކަންކަން ހުރުންކަން އެނގެންއޮވެއެވެ.

17HN2ރަހުނުގެ ގޮތުގައި ބެހެއްޓޭ މުދަލަކީ، ދަރަނި އަދާކުރުމުގެ ޔަޤީންކަމެއްގެ ގޮތުގައި ދަރަނި އަދ ނުކުރެވިއްޖެނަމަ، ދަރަނި ދިން ފަރާތުގެ ޙައްޤު ހޯދުމަށް ވިއްކާލެވިދާނެ ނުވަތަ ކުއްޔަށް ދެވިދާނެ އެއްޗެއްކަން ރަހުނާބެހޭ ޤާނޫނުގެ 2ވަނަ މާއްދާއިން އެނގެން އޮވެއެވެ. އެހެންކަމުން، އިސްތިއުނާފުކުރާ ފަރާތްތަކުން ދަރަނި އަދ ނުކުރެވިއްޖެނަމަ، އިސްތިއުނާފުކުރާ ފަރާތްތަކުން ސްޓޭޓް ބޭންކް އޮފް އިންޑިޔާގައި ރަހުނުކޮށްފައިވާ ރަހުނު އެއްބަސްވުމުގައިވާ ތަކެތި ވިއްކައިގެން އެ ފަރާތުގެ ޙައްޤު ހޯދުމަށް ކޯޓުގައި އެދުމުގެ ފުރުސަތު ސްޓޭޓް ބޭންކް އޮފް އިންޑިޔާ އަށް ލިބިގެންވާކަން އެނގެންއޮވެއެވެ.

18ސިވިލް ކޯޓުގެ ނަންބަރު C/2011-Cv/1228 ޤަޟިއްޔާއަކީ 05 ޖޫން 2011 ގައި އެ ކޯޓަށް ހުށަހެޅުނު ޤަޟިއްޔާއެއްކަން އެނގެންއޮވެއެވެ.

19ބުނެވިދިޔަ ޤަޟިއްޔާގައި އެ ކޯޓުން ޙުކުމްކޮށްފައިވަނީ 15 އޮކްޓބަރޯ 2012 ގައިކަން އެނގެން އޮވެއެވެ.

20އަދި އެ ޤަޟިއްޔާގެ ޙުކުމަށް ބެލުމުން، ރަހުނުގެ ގޮތުގައި ދެ ގޯތި އޮތްކަން ސާބިތުވެފައިވާކަމާއި، ފެސިލިޓީއާ ގުޅިގެން ދައްކަންޖެހޭ ފައިސާ ނުދައްކާވާކަނ އެނގެން އޮންނަކަމާއި، ނުދައްކައިވާ ފައިސާގެ ޢަދަދު ސާބިތުކޮށްފައިވާކަމާއި، އެ ފައިސާ ދައްކާ ޚަލާޞްކުރުމަށް މުހުލަތެއް ދީފައިވާކަމާއި، އަދި އެ ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގ ކޯޓުތަކުގެ ޤާނޫނު) ގެ 43ވަނަ މާއްދާ ޤާނޫނު ނަންބަރު 93/9 މުހުލަތުގައ ފައިސި ދައްކާ ޚަލާޞްނުކޮށްފިނަމަ، މުޢާމަލާތާ ގުޅިގެން ރަހުނުކުރެވިފައިވާ ދެގޯތި ވިއްކާލުމުގެ ހުއްދަ ސްޓޭޓް ބޭންކް އޮފް އިންޑޔިއަށ ދީފައިވާކަން އެނގެންއޮވެއެވެ.

21ބަޔާންވެދިޔަ ޤަޟިއްޔާގައި ރަހުނު ވިއްކާލުމުގެ ހުއްދަ ބުނެވިދިޔަ ފަދައިން ސްޓޭޓް ބޭންކް އޮފް އިންޑޔި އަށާ ޝަރީޢަތުން ދީފައިވަނިކޮށް، ރަހުނުކުރެވިފައިވާ ދެގޯތި، ވިއްކާނަމަ، ހަމައެކަނި ވިއްކޭނީ، ޝަރީޢަތުގެ އެންމެހައި ތަންފީޒީ އިޖުރާއަތުތަކަކަށްފަހު، ތަންފީޒީ ޤަޟިއްޔާއެއްގެ ތެރެއިން ވިއްކުމުގެ އެފަދަ ހުއްދައެއް ސްޓޭޓް ބޭންކް އޮފް އިންޑޔިއަށް ދިނުމުންކަމަށާއި، ޝަރީޢަތުގެ ތަންފީޒީ އިޖުރާއަތުން ބޭރުން ސްޓޭޓް ބޭންކް އޮފް އިންޑޔިއަށް އެ މުޢާމަލާތް ނުކުރެވޭނެކަމަށް ކަނޑައަޅައިދިނުމަށް އެދި އިސްތިއުނާފުކުރާ ފަރާތްތަކުން ސިވިލް ކޯޓަށް ދަޢުވާއެއް ހުށަހެޅިކަމާއި އެއީ އެ ކޯޓުގެ ނަންބަރު C/2017-Cv/6061 ޤަޟިއްޔާކަން އެނގެންއޮވެއެވެ.

22އިސްތިއުނާފުކުރެވިފައި މިވަނީ ބުނެވިދިޔަ ޤަޟިއްޔާކަމުގައިވީއިރު، އެ ޤަޟިއްޔާގައި ސިވިލް ކޯޓުގެ ނަންބަރު C/2011-Cv/1228 ޤަޟިއްޔާއާ ޙަވާލާދީ ސްޓޭޓް ބޭންކް އޮފް އިންޑޔި އަށާ ރަހުނު ވިއްކާލުމުގެ ހުއްދަ ލިބިފައި އޮތްކަން ބަޔާންކޮށްފައިވާކަން އެނގެންއޮވެއެވެ. އަދި އެ ސަބަބަށްޓަކައި، އެ މައްސަލް ގައާ ދަޢުވާކުރާ ފަރާތުން އެދުނު ފަދައިން ކަންކަން ކަނޑައަޅާދެވެންނެތްކަމަށް ބަޔާންކޮށްފައިވެއެވެ.

23HN3HN4އިސްތިއުނާފީ ފުރަތަމަ ނުކުތާއާ ގުޅިގެން ޝަރީޢަތަށް ފާހަގަކުރެވެނީ ސިވިލް ކޯޓުގެ ނަންބަރު C/2011-Cv/1228 ޤަޟިއްޔާއިން ރަހުނު ވިއްކާލުމުގެ ހުއްދަ ސްޓޭޓް ބޭންކ އޮފް އިންޑް ޔި އަށާ ދީފައި އޮތްހިނދު، އެ ބޭންކްގައި ރަހުނުކޮށްފައިވާ […] އެވެ ކިޔާ ގޯއްޗާއި […] އެވެ ކިޔާ ގޯތި ވިއްކާނަމަ، ވިއްކޭނީ ވިއްކުމުގެ ހުއްދައެއް ސްޓޭޓް ބޭންކް އޮފް އިންޑޔިއަށް ދިނުމުންކަމަށާއި، ޝަރީޢަތުގެ ތަންފީޒީ އިޖުރާއަތުނީ ބޭރުން ސްޓޭޓް ބޭންކް އޮފް އިންޑޔި އަށާ އެ މުޢާމަލާތް ނުކުރެވޭނެކަމަށް ކަނޑައަޅައި ދިނުމަށް ސިވިލް ކޯޓުގެ ނަންބަރު C/2017-Cv/6061 ޤަޟިއްޔާގައި އެދިފައވުމުނި މައްސަލަ ނިންމާފައިވަނީ ރަނގަޅަށްކަމަށެވެ. ސަބަބަކީ، އެއް މަރުޙަލާއެއްގެ ކޯޓަކުން ނިންމާފައިވާ ނިނމުމެއްގް މައުޟޫޢު ހަމަ އެ މަރުޙަލާގައި ދެވަނަ ފަހަރަށް ބެލުމަކީ (އިސްތިއުނާފު ކުރުމުން ތަހުވީލުކުރެވޭ މައްސަލަތައް ފަދަ އިސްތިސްނާ ޙާލަތްތައް ފިޔަވައި) ޝަރީޢަތުގައި ޢަމަލުކުރަމުން އަންނަ އުޞޫލެއް ނޫންކަން އެނގެން އޮންނާތީއެވެ. އަދި ރަހުނު ވިއްކާލުމުގެ ހުއްދަ ރަހުނު ހިފިފަރާތަށް ޝަރީޢަތުން ދީފައި އޮންނަ ޙާލަތުގައި، އެ ރަހުނެއް ވިއްކާލުމަށްޓަކައި އިތުރު ހުއްދައެއް ހޯދުމަށް ޝަރީޢަތަށް ހުށަހަޅަންޖެހޭނެކަމަށް ބަޔާންކުރާ ޤާނޫނީ ނައްޞެއް ނެތަތީއެވެ.

24އަދި ސްޓޭޓް ބޭންކް އޮފް އިންޑޔިއަށް ރަހުނު ވިއްކާލުމުގެ ހުއްދަ ދީފައި އޮއްވައި އަނެއްކާވެސް އެ ފަރާތުން އިތުރު ހުއްދައެއް ހޯދުން ލާޒިމްކުރުވާފަދަ ގޮތަކަށް އަމުރުކޮށްދިނުމަށް އެދުމުން، އެދިފައިވާ ފަދައިން ކަނޑައަޅާދެވެނ ނެތްކަމަށް ނިންމާފައިވަން ސިވިލް ކޯޓުގެ ނަންބަރު CR1/CA/2016/161-B5 އަމުރށަ ރިޢާޔަތް ކުރުމަށްފަހުގައިކަނ ސިވިލް ކޯޓުގް ނަންބަރު C/2017-Cv/6061 ޤަޟިއްޔާއިން އެނގެންއޮވެއެވެ.

25HN6އިސްތިއުނާފީ ދެވަނަ ނުކުތާއާ ގުޅިގެން ޝަރީޢަތަށް ފާހަގަކުރެވެނީ، އިސްތިއުނާފީ ފުރަތަމަ ނުކުތާއާ ގުޅިގެން ޝަރީޢަތަށް ފާހަގަވި ކަންކަން އެގޮތުގައި ހުރުމުން، އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވާ ފަދައިން އެއް އުސޫލު ނެގެހެއްޓުމަށް ސިވިލް ކޯޓުގައި މައްސަލަ ބެލި ޤާޟީ އެއްވެސް މިންވަރަކަށް ރިޢާޔަތްކޮށްފައިނުވާކަމަށް ބުނެފައިވާ ބުނުމަކީ، އެންމެ ރަނގަޅު ބުނުމެއްކަމުގައި ޝަރީޢަތަކަށް ޤަބޫލެއްނުކުރެވެއެވެ. ސަބަބަކީ، އިސްތިއުނާފުކުރާ ފަރާތުން ހަވާލާދޭ އަމުރަށް ރިޢާޔަތްކޮށް، މި ދެމައްސަލަ ތަފާތުވާ ސަބަބުވެސް އެ ޤަޟިއްޔާގައި ބަޔާންކޮށްފައިވާކަން އެނގެން އޮންނާތީއެވެ. އަދި އިސްތިއުނާފުކުރާ ފަރާތުން ޙަވާލާދޭ އަމުރުގައި އޮތްގޮތަށް ޢަމަލުކުރެވެން ނެތް ސަބަބު ބަޔާންކޮށްފައިވާތީއެވެ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު SJ/03-SC/2011 ކޯޓު އަމުރު (02 މާރިޗު 2011،)J/07S-SC/2016 ކޯޓު އަމުރު (28 ނޮވެންބަރު 2016) އަދި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު A/130-HC/2013 ޤަޟިއްޔާ (20 އޯގަސްޓް 2013) ސިވިލް ކޯޓުގެ ނަންބަރު C/2017-Cv/1606 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާ ރިޕޯޓް ގެ ފާހަގަކުރެވުނު ނުކުތާތަކުގެ 3ވަނަ ނަންބަރުގެ

(ޅ)، ޞަފްޙާ ނަންބަރު 7

26HN5ބުނެވެދިޔަ ސިވިލް ކޯޓުގެ ނަންބަރު CR1/CA/2016/161-B5 (14 މާރިޗު 2016) ކޯޓު އަމުރުގައި ބަޔާންކޮށްފައިވާ އުޞޫލަކީ، ރހުނުގަ ގޮތުގައެ މޯގޭޖް ކޮށް ފައިވާ މުދާ ވިއްކާލުމުގެ ހުއްދަ ދިނުމުގައި ޢަމަލު ކުރަމުން އަންނަ އުޞޫލެއަ ނަމަވެސް، އިސްތިއުނާފުކުރާ ފަރާތްތަކުން ސްޓޭޓް ބޭންކް އޮފް އިންޑިޔާއަށް ދައްކަންޖެހޭ ފައިސާ ދައްކަން ދީފައިވާ މުއްދަތުގެ ތެރޭގައި ދައްކާ ޚަލާޞްނުކޮށްފިނަމަ […] އެވެކިޔާ ގޯތި އާއި […] އެވެކިޔާ ގޯތި ވިއްކާލުމުގެ ހުއްދަ ސްޓޭޓް ބޭންކް އޮފް އިންޑިޔާ (މާލޭ ބްރާންޗް) އަށް ދީ ޙުކުމްކޮށްފައިވަނީ 15 އޮކްޓބަރޯ 2012 ގ އ ކަނި އެނގެންއޮވެއެވެ.

27އެހެންކަމުން، ބުނެވެދިޔަ އުޞޫލަކީ، ސްޓޭޓް ބޭންކް އޮފް އިންޑިޔާއަށް ރަހުނު ވިއްކާލުމުގެ ހުއްދަ ދިނުމުގެ ފަހުން ވުޖޫދުވި އުޞޫލަކަށްވާތީ، މި މައްސަލާގައި ބުނެވެދިޔަ އަމުރުގައި ބަޔާންކޮށްފައިވާ ކަންކަމުގެ މައްޗަށް ރިޢާޔަތްކުރެވިދާނެކަމަށް ނުދެކެމެވެ.

28ސިވިލް ކޯޓުގެ ނަންބަރ C/2011-Cv/1228 ޤަޟިއްޔާއިން ލިބިދީފައިވާ ހުއްދައާ އެއްގޮތަށް ރަހުނު ވިއްކާލުމުގެ މަސައްކަތް ސްޓޭޓް ބޭންކް އޮފް އިންޑިޔާ (މާލޭ ބްރާންޗް) އަށް ފެއްޓިދާނެކަމާއި، އަދި ރަހުނު ވިއްކާލުމުގެ ހުއްދަ ރަހުނު ހިފިފަރާތަށް ޝަރުޢީ ތުން ދީފައި އޮންނަ ޙާލަތުގައި، އެ ރަހުނެއް ވިއްކާލުމށަ ހުރަހެއް އޮތްކަން އެނގެން ނެތަތީ، ސްޓޭޓް ބޭންކް އޮފް އިންޑިޔާއިން […] އެވެކިޔާ ގޯއްޗާއި، […] އެވެކިޔާ ގޯތި ވިއްކާލުމަށް މަސައްކަތް ކުރަމުން ގެންދަނީ އެކަން ކުރުމަށް ކަނޑައެޅިފައިވާ އިޖުރާއަތު ފުރިހަމަނުކޮށް ކަމުގައި މިޙާލަތުގައި ބެލެވިދާނެ ހަމައެއް އޮތްކަމަކަށް އަހުރެންނަކަށް ޤަބޫލެއް ނުކުރެވެއެވެ.

29އެ ހެންކަމުން، ސިވިލް ކޯޓުގެ ނަންބަރު C/2016-Cv/1606 ޤަޟިއްޔާއިން މާ. މެޑޯޒް އެވެ ކިޔާ ގޯއްޗާއި، […] އެވެކިޔާ ގޯތި ވިއްކުމާގުޅޭ މަސައްކަތް ސްޓޭޓް ބޭނ އޮފް އިންޑިޔާއިން ކުރަމުންދަނީ ސިވިލް ކޯޓުގެ ނަންބަރު C/2011-Cv/1228 ޤަޟިއްޔާއިން ސްޓޭޓް ބޭންކް އޮފް އިންޑޔި އަށާ ހުއްދަލިބިގެންކަން އެނގެންއޮވެއެވެ.

30ވީމާ، އިސްވެ ބަޔާންވެދިޔަ ސަބަބުތައް އެގޮތަށް ހުރުމުން އިސްތިއުނާފު ކުރެވިފައިމިވާ ސިވިލް ކޯޓުގެ ނަންބަރު 17C/20-Cv/1606 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށްޓަކައި މޯލްޑިވްސ މެރިން ކޮންޓްރެކްޓިނި ގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް އާއި […] އިބްރާހީމެ ޢަބްދުލްލަޠީފް އާއް […] ޢާޞިމާ ޙަސަން އާއި، […] ސީމާ އަޙްމަދު އާއި، […] ޢަލީ އހަރޫޝ އިބްރާހީމް އަދި […] އާމިނަތު ޢަރޫޝާ އިބްރާހީމްގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ބިނާކޮށް، އެ ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭނެ ޝަރުޢީ އަދި ޤާނޫނީ ސަބަބެއް އޮތްކަމަށް އަހުރެންނަކަށް ޤަބޫލެއް ނުކުރެވެއެވެ.

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

  • ރަހުނާބެހޭ ޤާނޫނުގެ 2 ވަނަ މާއްދާ (ފުޓްނޯޓުގައި 'ޤާނޫނު ނަންބަރު 93/9')
  • ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 43 ވަނަ މާއްދާ
  • ސުޕްރީމް ކޯޓުގެ ނަންބަރު 2011/SC-SJ/03 ކޯޓު އަމުރު (02 މާރިޗު 2011)
  • ސުޕްރީމް ކޯޓުގެ ނަންބަރު 2016/SC-SJ/07 ކޯޓު އަމުރު (28 ނޮވެންބަރު 2016)
  • ހައިކޯޓުގެ ނަންބަރު 2013/HC-A/130 ޤަޟިއްޔާ (20 އޯގަސްޓް 2013)
  • ސިވިލް ކޯޓުގެ ނަންބަރު CR1/CA/2016/161-B5 ކޯޓު އަމުރު (14 މާރިޗު 2016)
  • ސިވިލް ކޯޓުގެ ނަންބަރު 2011/Cv-C/1228 ޤަޟިއްޔާ

ޝަރީޢަތުގެ ވީޑިއޯ

މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.

ޝެއަރ ކުރައްވާ