ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
2018/HC-A/366

އިބްރާހީމް ޢުމަރު ވ. ގްރީން ބޮކްސް ޕްރައިވެޓް ލިމިޓެޑް

ބައެއް ބަދަލުކުރި
ސުޕްރީމް ކޯޓަށް އިސްތިއުނާފުކޮށްފައި ނުވޭ · ރަޖިސްޓްރީ ބެލީ 15 އޮކްޓޫބަރު 2026ޙުކުމުގެ ހާލަތު
ހައިކޯޓު · 4 ޖުލައި 2021ދަށު ކޯޓު: ސިވިލް ކޯޓު 88/Cv-C/2017ބާވަތް: މަދަނީ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
ސިވިލް ކޯޓު 88/Cv-C/2017
ފަހުގެ ތާރީޚު
ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް

ކޯ ޓާމްސް

ޚުލާޞާ

ކޯޓުން ނިންމަން ޖެހުނު ސުވާލު
ތެޔޮ ސަޕްލައިކުރުމުގެ އެއްބަސްވުމުގައިވާ 'ލޭޓް ޕޭމަންޓް ފީ' (އިންވޮއިސްގެ 2% ދުވާލަކަށް) ޖޫރިމަނާގެ ގޮތުގައި ނަގައިދިނުމަކީ ޤާނޫނާ އެއްގޮތް ކަމެއްތޯ؛ އަދި ސަޕްލަޔަރު ފުރަތަމަ އެއްބަސްވުމާ ޚިލާފުވިކަމަށް ދަޢުވާލިބޭ ފަރާތުން ނެގި ދިފާޢާމެދު ގޮތެއް ނިންމުމަކާނުލައި ސިވިލް ކޯޓުން ޙުކުމްކުރުން ޞައްޙަތޯ.

ނިންމުން

ބައެއް ބަދަލުކުރި

ބައެއް ބަދަލުކުރި: ތެލުގެ އަގުގެ 39,000ރ. ސާބިތު؛ ޖޫރިމަނާގެ 852,780ރ. ނަގައިދިން ބައި ބާޠިލުކޮށް އަލުން ބެލުމަށް ސިވިލް ކޯޓަށް ފޮނުވި

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

HN1 އެއްބަސްވުމާ ގުޅޭ ދަޢުވާއެއްގައި ދަޢުވާކުރާ ފަރާތް އެއްބަސްވުމާ ޚިލާފުވެފައިވާކަމަށް ދަޢުވާލިބޭ ފަރާތުން ދިފާޢީ ހުށަހެޅުމެއް ހުށަހަޅައިފިނަމަ، އެއީ ވަކި މައްސަލައެއްގެ ގޮތުގައި ހުށަހެޅެން އޮތް ކަމެއް ކަމުގައިވީނަމަވެސް، ބެލެވެމުންދާ މައްސަލައިގެ ތެރެއިން ކޯޓުން ގޮތެއް ނިންމަންޖެހޭ ކަމަށާއި (ސުޕްރީމް ކޯޓު 2013/SC-A/25)، އެ ދިފާޢު މައުޟޫޢީ ގޮތުން ބެލުމަށްފަހު މެނުވީ ޖޫރިމަނާގެ ފައިސާއާމެދު ގޮތެއް ކަނޑައެޅިދާނެ ކަމަކަށް ނުފެންނަ ކަމަށް.

HN2 އިސްތިއުނާފީ ނުކުތާއެއްގެ އެއްވެސް ތަފްޞީލެއް ބަޔާންނުކުރާނަމަ އެ ނުކުތާއަށް ޖަވާބެއް ދޭންޖެހޭ ކަމަށް ނުދެކޭ ކަމަށް.

HN3 ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން ނަގައިދެވެނީ ކޮންޓްރެކްޓާ ޚިލާފުވުމުން ސީދާ ލިބޭ ގެއްލުމާއި ކޮންޓްރެކްޓް ކުރިއިރު ބައިވެރިންނަށް ލިބިދާނެކަން އެނގިފައިވާ ގެއްލުމުގެ ބަދަލު (unliquidated damages) ކަމަށާއި، މިއީ Hadley v Baxendale ގައި ކަނޑައެޅި އުޞޫލާ އެއްގޮތް އުޞޫލަކަށްވާތީ އެހެން ޖުރިސްޑިކްޝަންތަކުގެ ތަފްސީރަށް ރިޢާޔަތްކުރެވިދާނެ ކަމަށް؛ ގެއްލުމަކީ މާދުރު ނުވަތަ ނުސީދާ ގެއްލުމަކަށް ނުވާންޖެހޭ ކަމަށާއި، ސަބަބީ ގުޅުން ސާބިތުކުރަންޖެހޭ ކަމަށާއި، ގެއްލުން ކުޑަކުރުމަށް (mitigation) ރިޢާޔަތްކުރެވޭ ކަމަށާއި، ބަދަލު ނަގައިދެވޭނީ ގެއްލުން ޝަރީޢަތަށް ސާބިތުވުމުން ކަމަށް.

HN4 ލިކުއިޑޭޓަޑް ޑެމެޖަސްއަކީ ކޮންޓްރެކްޓާ ޚިލާފުވުމުން ވެދާނެ ގެއްލުމުގެ ޞަރީޙަ ދުރާލާ އަންދާޒާއެއް (genuine pre-estimate) ގެ މައްޗަށް ބިނާވާ ފައިސާ ކަމަށާއި އެ ފައިސާ ލިބިގަތުމަށް ޙަޤީޤީ ގެއްލުން ސާބިތުކުރަން ނުޖެހޭ ކަމަށް؛ ނަމަވެސް ޞަރީޙަ އަންދާޒާއެއް ނޫންނަމަ އެއީ ޕެނަލްޓީއެއް ކަމުގައިވެ، އަދަބުގެ ގޮތުން ހިމަނާ ފައިސާއަކީ ކޯޓުން ތަންފީޛުކޮށްނުދޭ ފައިސާއެއް ކަމަށް؛ ކޮންޓްރެކްޓްގައި ބޭނުންކޮށްފައިވާ ނަމަކަށް ނުބަލައި ފައިސާގެ ޙަޤީޤީ ބާވަތް ކޯޓުން ކަނޑައަޅަންޖެހޭ ކަމަށާއި، އެ ސުވާލު ބިނާވަނީ ކޮންޓްރެކްޓް ކުރި ވަގުތުގެ ޙާލަތުގެ މައްޗަށް ކަމަށް (ޑަންލޮޕްގެ ޓެސްޓްތަކާއި ކެވެންޑިޝްގެ ލެޖިޓިމޭޓް އިންޓަރެސްޓް ޓެސްޓް، ޙަސަން ޢަލީމަނިކު ވ. އަޙްމަދު ޖަނާޙް [2021] SC 50).

HN5 ޕެނަލްޓީ މާއްދާއެއް ތަންފީޛުނުކުރެވޭ ޙާލަތުގައި، ކޮންޓްރެކްޓާ ޚިލާފުނުވާ ފަރާތަށް ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން އަސްލު ލިބުނު ގެއްލުމުގެ ބަދަލު ހޯދިދާނެ ކަމަށާއި، ކޮންޓްރެކްޓާ ޚިލާފުވިކަން ސާބިތުވެ ގެއްލުން ސާބިތުނުވާ ޙާލަތުގައި ރަމްޒީ ބަދަލެއް (nominal damages) ނަގައިދެވިދާނެ ކަމަށް.

HN6 ލޭޓް ޕޭމަންޓް ފީއަކީ އޭގެ ޒާތުގައި ޕެނަލްޓީއެއް ނޫންކަމަށާއި ކޮންމެ މައްސަލައެއްގައިވެސް އެ ފައިސާ ނަގައިދޭ ބޭނުމާއި ގޮތް ވަކިން ދެނެގަންނަންޖެހޭ ކަމަށް؛ ނަމަވެސް ތެލުގެ އަގު ދެއްކުމަށްވުރެ ބޭރުން އެކަށައަޅާފައިވާ، އިންވޮއިސްގެ ޖުމްލަ އަގުގެ 2% ދުވާލަކަށް ނަގާ ފީއަކީ ގެއްލުމުގެ އެކަށީގެންވާ އަންދާޒާއެއް ކަމަށް ބަޔާންކޮށްދެވިފައިނުވާ، އާދަޔާ ޚިލާފަށް ބޮޑު ޘާނަވީ އިލްތިޒާމެއްކަމުން، އެއީ ލިކުއިޑޭޓަޑް ޑެމެޖަސްގެ ގޮތުގައި ބެލެވޭނެ ހަމައެއް ނެތް ފައިސާއެއް ކަމަށް.

HN7 ދެފަރާތުން ކޮންޓްރެކްޓާ ޚިލާފުވެފައިވާ ޙާލަތުގައި ޚިލާފުވުމުގެ ޢަމަލުތައް ހިނގި ތަރުތީބަށް ބަލަންޖެހޭ ކަމަށާއި، ކްރެޑިޓް މުއްދަތު ހަމަވުމުގެ ކުރިން ސަޕްލައިކުރުން ހުއްޓާލި ފަރާތަކަށް، އަމިއްލައަށް އުފެއްދި ޙާލަތުން މަންފާ ހޯދުމަށް ލޭޓް ޕޭމަންޓް ފީގެ މާއްދާއަށް ހަމައެކަނި ރިޢާޔަތްކުރުމަކީ ޢަދުލުވެރި ކަމެއް ނޫންކަމަށް؛ އެ ނުކުތާ ނުބަލާ ދަށުކޯޓުން ޙުކުމްކުރުން ޢަދުލުވެރިކަމާ ގާތެއް ނޫން ކަމަށް.

ވަކީލުންނާއި ފަނޑިޔާރުން

ވަކީލުން
—
ބެންޗު
ޢަލީ ސަމީރު، މުޙައްމަދު ނިޔާޒް، ޙުސައިން ޝަހީދު
ރިޔާސަތު
—
ރައުޔު ލިޔުނު ފަނޑިޔާރު
ޢަލީ ސަމީރު · ތާއީދުކުރެއްވީ: މުޙައްމަދު ނިޔާޒް، ޙުސައިން ޝަހީދު
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.

1ގްރީން ބޮކްސް ޕްރައިވެޓް ލިމިޓެޑުން ވިއް ސ އިންވެސްޓްމަންޓަށް (އިބްރާހީމް ޢުމަރު) ތެޔޮ ސަޕްލައި ކުރުމުގެ ގޮތުން މި ދެފަރާތުގެ ދެމެދުގައިވެވުނު FUEL SUPPLY AGREEMENT މި ނަމުގައި އޮންނަ އެއްބަސްވުމުގައި 25 އޮގަސްޓް 2016 މި ތާރީޚުގައި މި ދެފަރާތުންމެ ސޮއިކޮށްފައިވެއެވެ.

2ގްރީން ބޮކްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ވިއްސަ އިންވެސްޓްމަންޓް (އިބްރާހީމް ޢުމަރު) ގެ މައްޗަށް ރައްދުވާގޮތަށް ސިވިލް ކޯޓު ގައި އުފުލާފައިވާ ދަޢުވާއަކީ، މި ދެފަރާތުގެ ދެމެދުގައި ވެވުނު އިހު ބުނެވުނު އެއްބަސްވުމުގެ ދަށުން ގްރީން ބޮކްސް ޕްރައިވެޓް ލިމިޓެޑްއިން ވިއްސަ އިންވެސްޓްމންޓަށަ ފޯރުކޮށްދީފައިވާ ތެލުގެ އަގަށްވާ -879,000/ރ. (އަށްލައްކަ ހަތްދިހަ ނުވަހާސް ރުފިޔާ) ހޯދުމަށާއި، އެއްބަސްވުމުގެ ދަށުން ފައިސާ ދެއްކުމަށް ކަނޑައަޅާފައިވާ މުއްދަތު ފާއިތުވެދިޔައިރުވެސް ވިއްސަ އިންވެސްޓްމަންޓު (އިބްރާހީމް ޢުމަރު) ގެ ފަރާތު ނ ފައިސް ނުދައްކާވާކަމަށް ބުނެ 14 ޑިސެމްބަރު 2016 ގެ ނިޔަލަށް ޖޫރިމަނާގެ ގޮތުގައި އަރާފައިވާ -852,780/ރ. (އަށްލައްކަ ފަންސާސްދެހާސް ހަތްސަތޭކަ އަށްޑިހަ ރުފިޔާ) އާއެކު ޖުމްލަ -1,731,780/ރ. (އެއްމިލިއަން ހަތްލައްކަ ތިރީސް އެއްހާސް ހަތްސަތޭކަ އަށްޑިހަ ރުފިޔާ) ހޯދުމެވެ. އެހެންނަމަވެސް މި ދެފަރާތުގެ ދެމެދުގައި ވެވުނު އެއްބަސްވުމުގެ ދަށުން ލިބެންޖެހޭ ތެލުގެ އަގުގެ ތެރެއިން ނުލިބިވާ ފައިސާއާ ގުޅޭ ގޮތުން ގްރީން ބޮކްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން މި މައްސަލައިގެ ޝަރީޢަތުގެ މަޖިލީހުގައި ބުނެފއިވަނަ "މ މައްސަލައިގައި ގްރީން ބޮކްސް ޕްރައިވެޓް ލިމިޓެޑުން ހޯދުމަށް އެދިފައިވާ ތެލުގ އަގުގެ ތެރެއިން އެހާތަނަށް ގްރީން ބޮކްސް ޕްރައިވެޓް ލިމިޓެޑަށް ލިބިފައިނުވަނީ 000،39ރ. (ތިރީސ ނުވަހާސް ރުފިޔާ) ކަމަށެވެ.

3ތެލުގެ އަގުގެ ފައިސާގެ ތެރެއިން 000،39ރ. (ތިރީސ ނުވަހާސް ރުފިޔާ) އަނބުރާ ދެއްކިފައި ނުވާކަމަށް ވިއްސަ އިންވެސްޓްމަންޓް (އިބްރާހީމް ޢުމަރު) ގެ ފަރާތުން ވެސް އިންކާރެއް ނުކުރެއެވެ. އެހެންނަމަވެސް ޖޫރިމަނާގެ ފައިސާ ދެއްކުމަށް ވިއްސަ އިންވެސްޓްމަންޓް (އިބްރާހީމް ޢުމަރު) ގެ ފަރާތުން އިންކާރު ކުރެއެވެ.

4ޖޫރިމަނާގެ ފައިސާ ދެއްކުމާއި ގުޅޭ ގޮތުން ވިއްސަ އިންވެސްޓްމަންޓް (އިބްރާހީމް ޢުމަރު) ގެ ފަރާތުން ދެއްކި ވާހަކަތަކާއި ގުޅިގެން ގްރީން ބޮކްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ސިވިލް ކޯޓުގައި ބުނެފައިވަނީ، ދެ ފަރާތުގެ ދެމެދުގައި ވެފައިވާ ފިއުލް ސަޕްލައި އެގްރީމެންޓްގެ 8 ވަނަ މާއްދާގެ (h) ގެ ދަށުން އިންވޮއިސްގައިވާ މުއްދަތުގައި ފައިސާ އަދާނުކޮށްފިނަމަ، އިތުރަށް ހިނގާ ކޮންމެ ދުވަހަކަށް އިންވޮއިސްގައިވާ ފައިސާގެ %2 އިން ސައްތަ އަށްވާ ޖޫރިމަނާގެ ފއިސަ ނެގުމަށް ދެފަރާތުން އެއްބަސްވެފައި އޮންނަކަމަށެވެ. ޖޫރިމަނާ ފައިސާގެ ގޮތުގައި ނެގުމަށް އެދިފައިވަނީ 14 ޑިސެމްބަރު 2016 ގެ ނިޔަލަށް (ދަޢުވާ ހުށަހެޅުމގު ކުރީގެ ތާރީޚު) ކަމަށާއި އެހާ ތަނަށް ޖޫރިމަނާގެ ގޮތުގައި ވިއްސަ އިންވެސްޓްމަންޓް (އިބްރާހީމް ޢުމަރު) ގެ ފަރާތުން ގްރީން ބޮކްސް ޕްރައިވެޓް ލިމިޓެޑަށް ދައްކަންޖެހޭ ފައިސާގެ މިންވަރަކީ -852,780/ރ. (އަށްލައްކަ ފަންސާސް ދެހާސް ހަތްސަތޭކަ އަށްޑިހަ ރުފިޔާ) ކަމަށެވެ. ސިވިލް ކޯޓަށް 28 މާރިޗް 2018 ގައި ގްރީން ބޮކްސް ޕްރައިވެޓް ލިމިޓެޑުން ދީފައިވާ ބަޔާން. ސިވިލް ކޯޓުން ނިންމި ގޮތް:

5ސިވިލް ކޯޓުގެ ނަންބަރު 88/Cv-C/2017 ޤަޟިއްޔާ ގައި ޙުކުމް ކުރައްވާފައިވަނީ، "ގްރީނ ބޮކްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ވިއްސަ އިންވެސްޓްމަންޓް ([…] / މާލު އިބްރާހީމެ ޢީ މަރު) ގެ މައްޗަށް ދަޢުވާކޮށް ހުށަހަޅާފައިވާ މިމައްސަލާގައި، ދަޢުވާލިބޭ ފަރާތުން ދަޢުވާކުރާ ފަރާތަށް އަދާކުރަންޖެހި އަދާނުކޮށްވާ ފައިސާގެ ޢަދަދަކީ -1,780/89ރ. (އަށްލައްކަ ނުވަދިހަ އެއްހާސް ހަތްސަތޭކަ އަށްޑިހަ ރުފިޔާ) ކަން މަދަނީ މިންގަނޑުތަކުން ޝަރީޢަތަށް ސާބިތުވާކަމަށް ކަނޑައަޅައި، ބުނެވުނު ފައިސާ ދަޢުވާކުރާ ފަރާތަށް ލިބިދިނުމުގެ ގޮތުން 28 މާރިޗް 2018 އިން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި މިފައިސާ ސިވިލް ކޯޓަށް ދައްކައި މިދަރަނި ޚަލާޞްކުރުމަށް ދަޢުވާ ލިބުނު ވި އްސަ އިންވެސްޓްމަންޓް ([…] / މާލެ އިބްރާހީމް އުމަރ) އަށް އަންގައެވެ.

6ސިވިލް ކޯޓުގެ ޙުކުމުގައި ހިމެނޭ ފައިސާގެ ޢަދަދު ހިސާބުކޮށްފައި އެވަނީ، ވިއްސަ އިންވެސްޓްމަންޓް (އިބްރާހީމް ޢުމަރު) ގެ ފަރާތު ނ ގްރީން ބޮކްސް ޕްރައިވެޓް ލިމިޓެޑަށް ދައްކަންޖެހި ނުދެއްކިވާ ކަމަށް ވިއްސަ އިންވެސްޓްމަންޓް (އިބްރާހީމް ޢުމަރު) އެއްބަސްވާ 39،000ރ. (ތިރީސ ނުވަހާސް ރުފިޔާ) ގެ ތެރެއަށް ޖޫރިމަނާގެ ގޮތުގައި -852,780/ރ. (އަށްލައްކަ ފަންސާސް ދެހާސް ހަތްސަތޭކަ އަށްޑިހ ރުފިޔާ) މި ޢަދަދުގެ ފައިސާ ހިމަނައިގެންނެވެ. އިސްތިއުނާފު ކުރުމަށް ހުށަހެޅި ނުކުތާތައް:

7ސިވިލް ކޯޓުގެ ނަންބަރު 88/Cv-C/2017 ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއެއްގޮތް ނުވާކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފު ކޮށްދިނުން އެދި ވިއްސަ އިންވެސްޓްމަންޓް ([…] ޢު މަރެ) ގަފިރާތުން ދިވެހުރާއްޖޭގެ ހައިކޯޓަށް ހުށަހެޅީ މިޤަޟިއްޔާގައި އިސްތިއުނާފ ރައްދުވާ ފަރާތަކީ ގްރީން ބޮކްސް ޕްރައިވެޓް ލިމިޓެޑްއެވެ.

8ސިވިލް ކޯޓުގެ ނަންބަރު 88/Cv-C/2017 ޤަޟިއްޔާ ނިމިފައިވާގޮތް އިސްތިއުނާފު ކ ރުމަށު އެދި ވިއްސަ އިންވެސްޓްމަންޓް (އިބްރާހީމް ޢުމަރު) ގެ ފަރާތުން އަންނަނިވި 3 (ތިނެއް) ނުކުތާ ހުށަހަޅާ އެނުކުތާތަކާއި ބެހޭގޮތުން ދިވެހިރާއޖޭގ ހައިކޯޓުގެ ޝަރީޢަތުގެ މަޖްލީހުގައި ވާހަކަ ދައްކާފައިވެއެވެ. އެގޮތުން ހުށަހަޅާފައިވާ ނުކުތާތަކަކީ:

8.1 އިސްތިއުނާފު ކުރެވޭ ޤަޟިއްޔާ ހިންގަވާފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 42 ވަނަ މާއްދާގެ (ހ) އާއި (ށ) އާއި ޤާނޫނު އަސާސީގެ 68 ވަނަ މާއްދާއާ އަދި ޕްރިންސިޕަލްސް އޮފް ނެޗުރަލް ޖަސްޓިސް (principles of Natural Justice) އާ ކަނޑައެޅިގެން ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާ.

8.2 ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2013/SC-A/27 ޤަޟިއް ޔާއ ޚިލާފަށާ ޖޫރިމަނާގެ ފައިސާ ދައްކަން އަންގާފައވާކަމަށ ބުން ހުށަހެޅި ނުކުތާ.

93 ޤާނޫނު ނަންބަރު 91/4 (ކޮންޓްރެކްޓާބެހޭ ޤާނޫނ) ގެ 23 ވަނަ މާއްދާއާ ޚިލާފަށް ގެއްލުމުގެ ބަދަލު ނަގައިދޭން އަންގާފައިވާ ކަމަށްބުނެ ހުށަހެޅި ނުކުތާ. ފާހަގަކުރެވުނު ނުކުތާތައް:

9. އިސްތިއުނާފުކުރާ ވިއްސަ އިންވެސްޓްމަންޓް (އިބްރާހީމް ޢުމަރު) ގެ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާތަކަށާއި އެނުކުތާތަކާއި ގުޅިގެން ތަފްޞީލުގައި ދައްކާފައިވާ ވާހަކަތަކަށް ބެލުމުން، ވިއްސަ އިންވެސްޓްމަންޓް (އިބްރާހީމް ޢުމަރު) ގެ އިސްތިއުނާފީ ނުކުތާތަށް ބިނާކޮށްފައިވަނީ، ވިއްސަ އިންވެސްޓްމަންޓް (އިބްރާހީމް ޢުމަރު) އެއާ ގްރީން ބޮކްސް ޕްރައިވެޓް ލިމިޓެޑާއި ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ތެލުގެ އަގަށް ދައްކަންޖެހޭ ފައިސާ އެއްބަސްވުމުގައި ކަނޑައެޅިފައިވާ މުއްދަތުގައި ދެއްކިފައި ނުވުމުގެ ސަބަބުން ޖޫރިމަނާގެ ގޮތުގައި ސިވިލް ކޯޓުން ނަގައިދިނުމަށް ކަނޑައަޅާފައިވާ -852,780/ރ. (އަށްލައްކަ ފަންސާސް ދެހާސް ހަތްސަތޭކަ އަށް ޑިހަ ރުފިޔާ) އާ ގުޅޭ ގޮތުންނެވެ. ތެލުގެ އަގުގެ ގޮތުގައި ދައްކަންޖެހޭ 000،39ރ. (ތިރީސ ނުވަހާސް ރުފިޔާ) ދެއްކުމާމެދު ވިއްސަ އިންވެ ންޓްމަންޓް (އިބްރާހީމް ޢުމަރު) ގެ ފަރާތުން މި މަރުޙަލާގައިވެސް އިޢުތިރާޟްކޮށްފައެއް ނުވެއެވެ.

10ވިއްސަ އިންވެސްޓްމަންޓް (އިބްރާހީމް ޢުމަރު) ގެ ފަރާތުން އިސްތިއުނާފަށް ހުށަހެޅި ނުކުތާތަކުގެ މައްޗަށް ބިނާކޮށް، ހައިކޯޓުން މި މައްސަލައިގައި ގޮތެއް ކަނޑައަޅަންޖެހެނީ، ވިއްސަ އިންވެސްޓްމަންޓް (އިބްރާހީމް ޢުމަރު) އާއި ގްރީން ބޮކްސް ޕްރައިވެޓް ލިމިޓެޑާއި ދެމެދު އެއްބަސްވެފައިވާ ގޮތަށް ތެލުގެ އަގަށްވާ ފައިސާ ވިއްސަ އިންވެސްޓްމަންޓް (އިބްރާހީމް ޢުމަރު) ގެ ފަރާތުން އެއްބަސްވި މުއްދަތުގައި ދައްކާފައި ނުވުމުގެ ސަބަބުން އަރާފައިވާކަމަށް ބުނާ ޖޫރިމަނާ ފައިސާގެ ގޮތުގައި -852,780/ރ. (އަށްލައްކަ ފަންސާސް ދެހާސް ހަތްސަތޭކަ އށަ ޑިހަ ރުފިޔާ) ވިއްސަ އިންވެސްޓްމަންޓް (އިބްރާހީމް ޢުމަރު) ގެ ފަރާތުން ގްރީން ބޮކްސް ޕްރައިވެޓް ލިމިޓެޑަށް ދައްކަންޖެހކަމަށ ސިވިލް ކޯޓުން ކަނޑައެޅޭ ގޮތާއި މެދުގައެވެ.

11އެއްބަސްވުމާއި އެއްގޮތަށް ފައިސާ ދައްކާފައި ނުވާކަމަށްބުނެ ވިއްސަ އިންވެސްޓްމަންޓް (އިބްރާހީމް ޢުމަރު) ގެ އަތުން ޖޫރިމަނާގެ ގޮތުގައި ގްރީން ބޮކްސް ޕްރައިވެޓް ލިމިޓެޑުން ހޯދުމަށް އެދުނު -852,780/ރ. (އަށްލައްކަ ފަންސާސްދެހާސް ހަތްސަތޭކަ އަށްޑިހަ ރުފިޔާ) އަކީ، ދައްކަންޖެހޭ ފައިސާއެއް ނޫންކަމަށް ބުނެ މި ފައިސާ ދެއްކުމާމެދު ވިއްސަ އިންވސެ ޓްމަންޓް (އިބްރާހީމް ޢުމަރު) ގެ ފަރާތުން ސިވިލް ކޯޓުގައި އިންކާރު ކޮށްފައިވެއެވެ. އަދި މި ފައިސާ ދެއްކުމަށް އިންކާރު ކުރާ ސަބަބު ހާމަ ކުރަމުން ވިއްސަ އިންވސެ ޓްމަންޓް (އިބްރާހީމް ޢުމަރު) ގެ ފަރާތުން ބުނަނީ، ގްރީން ބޮކްސް ޕްރައިވެޓް ލިމިޓެޑުގެ ދަޢުވާގައި ބުނާ، 2% ޗާޖަކީ އެ ކުންފުނިން ނުޙައްޤުން ހޯދަން އުޅޭ ފައިސާ ކަމަށާއި މި މައްސަލައިގައި ޙަވާލާދެވު މުޢާމަލާތާއި ގުޅިގެން ވިއްސަ އިންވެސްޓްމަންޓް (އިބްރާހީމް ޢުމަރު) ގެ ފަރާތުން އަދާކުރަންޖެހޭ ފައިސާ ނުދެއްކި ލަސްވެގެން ދިޔައީ ގްރީން ބޮކްސް ޕްރައިވެޓް ލިމިޓެޑުން އެއްބަސްވުމާއި ޚިލާފު ވެފައިވާތީ ކަމަށެވެ. އަދި އެއްބަސްވުމާ ގްރީން ބޮކްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ޚިލާފުވެފައިވާކަމަށް ވިއްސަ އިންވެސްޓްމަންޓް (އިބްރާހީމް ޢުމަރު) އަށް ފެނުނު ގޮތްތައް ވިއްސަ އިންވެސްޓްމަންޓް (އިބްރާހީމް ޢުމަރު) ގެ ފަރާތުން ސިވިލް ކޯޓަށް ހުށަހަޅާފައިވާ ބަޔާނުގައި ފާހަގަ ކޮށްފައިވެއެވެ.

12HN1އެއްބަސްވުމާއި ގުޅިގެން އުފެދޭ ޚުޞޫމާތެއްގެ ސަބަބުން ހުށަހެޅޭ ދަޢުވާއެއްގެ ދިފާޢުގައި، ދަޢުވާ ލިބޭ ފަރާތުން ދައްކާ ވާހަކަތަކުގައި އެއްބަސްވުމާއި ދަޢުވާކުރާ ފަރާތުން ޚިލާފުވެފައިވާކަމަށްބުނެ ދިފާޢީ ހުށަހެޅުމެއް ހުށަހަޅައިފިނަމަ އެކަމަކީ ވަކި މައުޟޫއެއްގެ ގޮތުގައި ދަޢުވާލިބޭ ފަރާތުން ކޯޓަށް ހުށަހެޅެން އޮތް މައްސަލައެއް ކަމުގައިވީ ނަމަވެސް، އެފަދަ ކަންކަމަކީ އެއްބަސްވުމާއި ގުޅޭ ގޮތުން ކޯޓުގައި ބެލެވެމުންދާ މައްސަލައިގެ ތެރެއިން ކޯޓުން ގޮތެއް ނިންމަންޖެހޭނެކަމެއްކަން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 04 ސެޕްޓެމްބަރ 2017 ގައި ވިއްސަ އިންވެސްޓްމަންޓްގެ ފަރާތުން ސިވިލް ކޯޓަށް ހުށަހަޅާފައިވާ ބަޔާނުގެ 3 ވަނަ ނަންބަރު. 2013/SC-A/25 ޤަޟިއްޔާ ނިންމެވުމުގައި ފާހަގަ ކުރައްވާފައިވާ ކަންކަމަށް ބެލުމުން އެނގެން އޮވެއެވެ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އެ ޤަޟިއްޔާގައި ކަނޑައަޅާފައިވާ އެ އުޞޫލު މި މައްސަލައިގެ މައްޗަށް ތަތުބީޤު ކުރާއިރު، ގްރީން ބޮކްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި ދަޢުވާގެ ދިފާޢުގައި ވިއްސަ އިންވެސްޓްމަންޓް (އިބްރާހީމް ޢުމަރު) ގެ ފަރާތުން ހުށަހަޅާފައިވާ ކަން ކަމަކީ މި މައްސަލައިގެ ތެރޭގައި ކޮންމެހެންވެސް ޝަރީޢަތުން ބަލަންޖެހޭ ފަދަ ގޮތެއްގައި ހުށަހަޅާފައިވާ ދިފާޢީ ހުށަހެޅުމއްކަނެ އެނގެއެވެ. ސަބަބަކީ، ވިއްސަ އިންވެސްޓްމަންޓަ (އިބްރާހީމް ޢުމަރު) ގެ ފަރާތުން އެއްބަސްވުމާއި އެއްގޮތަށް ފައިސާ ނުދެއްކި ދިޔައީ ގްރީން ބޮކްސް ޕްރައިވެޓް ލިމިޓެޑުން އެއްބަސްވުމާއި ޚިލާފުވި ވުމެއްގެ ސަބަބުން ކަމަށް ސާބިތުވާން އޮތްނަމަ އެއްބަސްވުމުގެ ދަށުން ކަމަށް ބުނެ އެއްވެސް ފައިސާއެއް ގްރީން ބޮކްސް ޕްރައިވެޓް ލިމިޓެޑަށް ދައްކަން ޖެހޭ އަސާސް ނެތިގެން ދިއުމެވެ. މި މައްސަލައިގައި ސިވިލް ކޯޓުން ފާހަގަ ކުރި އެއްވެސް ނުކުތާއެއްގައި ވިއްސަ އިންވެސްޓްމަންޓް (އިބްރާހީމް ޢުމަރު) ގެ ފަރާތުން ހުށަހެޅި ދިފާޢީ ހުށަހެޅުމާއި މެދު ގޮތެއް ކަނޑައަޅާފައި ނުވާކަން އެނގެއެވެ.

13ގްރީން ބޮކްސް ޕްރައިވެޓް ލިމިޓެޑުން ހުށަހެޅި ދަޢުވާގެ ދިފާޢުގައި ވިއްސަ އިންވެސްޓްމަންޓް (އިބްރާހީމް ޢުމަރު) ގެ ފަރާތު ން ކުރިމަތި ކުރުވި ދަފްޢު މައުޟޫޢީ ގޮތުން ބަލައިގެން މެނުވީ، މި މައްސަލައިގައި ޙަވާލާދެވޭ ޖޫރިމަނާގެ ފައިސާއާ މެދު ގޮތެއް ކަނޑައެޅިދާނެ ކަމަކަށް ނުފެނެއެވެ. އަދި އެ މައުޟޫއުގައި މައްސަލަ ބެލުމަށްފަހުގައި މެނުވީ ޖޫރިމަނާގެ ފައިސާ ވަޒަން ކުރެވުނު ގޮތާއި މެދު މި މަރުޙަލާއިން ގޮތެއް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2013/SC-A/25 ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓުގެ 6 ވަނަ ނަންބަރުގެ (ވ) ގައި ފާހަގަ ކުރައްވާފައިވަނީ އިންސާފު ލިބި ދިނުމަށް ކަމާބެހޭ ކޯޓަކަށް ކަމާބެހޭ ފަރާތަކުން މައްސަލައެއް ހުށަހެޅުމުން، މައްސަލަ ބަލައިގަތުމާބެހޭ ގޮތުން ޤާނޫނީ ގޮތުން ކަނޑައެޅިފައިވާ އިޖުރާއާތުތައް، އެ މައްސަލައެއް ބެލުމަށް ހުރަސް ނާޅާހާ ހިނދަކު އެ މައްސަލައިގެ މައުޟޫއުގައި ހިމެނޭ ކަންކަމާއި އަދި މައްސަލައިގެ މައުޟޫއު އާއި ގުޅޭ ގޮތުން، މައްސަލައިގެ ދަޢުވާ ރައްދުވާ ފަރާތުން ނަގާ ދިފާޢު ތަކުގެ ތެރެއިން، މައް ސަލައިގ މައުޟޫއުގެ މައްޗަށް ފައިޞަލާކޮށް ގޮތެއް ކަނޑައެޅުމަށްޓަކައި ޢަދުލު އިންސާފުގެ ހަމަތައް ނިޔާ ކުރާ ގޮތުގެ މަތިން ކޮންމެހެން ޝަރީޢަތުން ބަލަންޖެހޭ ފަދަ ގޮތެއްގައި ހުށަހެޅޭ ދިފާއީ ނުކުތާތައްވެސް ކޯޓުން ބަލައި ފައިޞަލާ ކުރަންވާނެކަމަށެވެ. ކަނޑައެޅިދާނެ ކަމަށކަށްނުދެކެމެވެ. ބުނު ވުނު މައުޟޫއުގެ މައްޗަށް ސިވިލް ކޯޓުން ގޮތެއް ކަނޑައަޅާފައި ނެތަތީ، މި މައްސަލަ ނިންމަން އަހުރެންނަށް ފެންނަނީ، ސިވިލް ކޯޓުގެ ނަންބަރ 88/Cv-C/2017 ޤަޟިއްޔާގައި އެ ކޯޓުން ކުރައްވާފައިވާ ޙުކުމުގައި ހިމެނޭ ފައިސާގެ ތެރެއިން ވިއްސަ އިންވެސްޓްމަންޓް (އިބްރާހީމް ޢުމަރު) ގެ ފަރާތު ން އެއްބަސްވާ 39،000ރ. (ތިރީސ ނުވަހާސް ރުފިޔާ) ގްރީން ބޮކްސް ޕްރައިވެޓް ލިމިޓެޑަށް ލިބި ދިނުމަށްޓަކައި ސިވިލް ކޯޓަށް ދެއްކުމަށް އަންގާފައި އޮތް އޮތުމަށް ތާއީދުކޮށް، ޖޫރިމަނާގެ ފައިސާގެ ގޮތުގައި -852,780/ރ. (އަށްލައްކަ ފަންސާސްދެހާސް ހަތްސަތޭކަ އަށްޑިހަ ރުފިޔާ) ވިއްސަ އިންވެސްޓްމަންޓް (އިބްރާހީމް ޢުމަރު) ގެ ފަރާތު ނ ގްރީން ބޮކްސް ޕްރައިވެޓް ލިމިޓެޑަށް ދައްކަންޖެހޭކަމަށް ކަނޑައަޅާފައި އޮތް އޮތުން ބާޠިލުކޮށް، ދަޢުވާގެ ދިފާޢުގައި ވިއްސަ އިންވެސްޓްމަންޓް (އިބްރާހީމް ޢުމަރު) ގެ ފަރާތު ން ފާހަގަ ކުރި ނުކުތާއަކީ، ޢަދުލު އިންސާފުގެ ހަމަތައް ނިޔާ ކުރާ ގޮތުގެ މަތިން ކޮންމެހެން ޝަރީޢަތުން ބަލަންޖެހޭ ފަދަ ގޮތެއްގައި ހުށަހަޅާފައިވާ ދިފާއީ ނުކުތާއަކަށްވާތީ އެ ނުކުތާގެ މައްޗަށް ސިވިލް ކޯޓުން ބެލުމަށްފަހު ޖޫރިމަނާގެ ފައިސާގެ ގޮތުގައި ގްރީން ބޮކްސް ޕްރައިވެޓް ލިމިޓެޑުން ހޯދުމަށް އެދޭ ފައިސާއާމެދު ގޮތެއް ކަނޑައެޅުމަށް މި މައްސަލަ ސިވިލް ކޯޓަށް ތަޙްވީލު ކުރަންޖެހޭކަމށެވަ.

ފަނޑިޔާރު މުޙައްމަދު ނިޔާޒްގެ ރައުޔު: (ފަނޑިޔާރު ޢަލީ ސަމީރުގެ ނިންމުމަށް ތާއީދު ކޮށްފައި)

މައްސަލައިގައި ކަންވެފައިވާ ގޮތުގެ ޚުލާޞާ:

14އިސްތިއުނާފު ކުރާ އިބްރާހީމް ޢުމަރު އަދި ވިއްސަ އިންވެސްޓްމެންޓް (ކަސްޓަމަރު) އާއި އިސްތިއުނާފު ރައްދުވާ ގްރީން ބޮކްސް ޕވޓ ލޓޑ (ސަޕުލަޔަރު) އާ ދެމެދު ތެޔޮ ގަނެވިއްކުމުގެ އެއްބަސްވުމެއްގައި 25 އޮގަސްޓް 2016 ގައި ސޮއި ކުރިއެވެ. ސަޕުލަޔަރުގެ ފަރާތުން ކަސްޓަމަރަށް ތެޔޮ ފޯރުކޮށްދޭތާ 24 ޑީސަލް، ޕެ ޓްރޯލް އަދި ގުޅުންހުރި ލުބްރިކަންޓްސް، ޖުމްލަކޮށް "ފިއުލް" ކަމުގައި "ފިއުލް ސަޕްލައި އެގްރީމެންޓް" ގައި ބަޔާންކުރެއެވެ. ގަޑިއިރު ތެރޭގައި ކަސްޓަމަރަށް އިންވޮއިސް ކުރަން ޖެހެއެވެ. އަދި ކަސްޓަމަރަށް އިސްވޮއިސް ލިބޭތާ 48 ގަޑިއިރުތެރޭގައ އިންވޮއިސްގައި އެއްވެސް މައްސަލައެއް އޮތްނަމަ ސަޕްލަޔަރަށ އެކަން ލިޔުމުން އަންގަން ޖެހެއެވެ. އަދި އިންވޮއިސްގައި ބަޔާންކުރާ ތެލުގެ ޖުމްލަ އަގު ދެއްކުމަށް އެންމެ ގިނަވެގެން ދެވޭނީ އިންވޮއިސްގައި ބަޔާން ކުރާ ތާރީޚުން ފެށިގެން 30 (ތިރީސް) ދުވަސް ކަމަށް ބަޔާން ކޮށްފައިވެއެވެ. އަދި ފައިސާ ނުދައްކާ ލަސްވާ ކޮންމެ ދުވަހަކަށް، ފައިސާ ދެއްކުން ލަސްވުމުގެ ފީ ent fee)(late paymގެ ގޮތުގައި އިންވޮއިސްގެ ޖުމްލަ ޢަދަދުން %2 ނެގޭނެ ކަމަށް ބަޔާން ކޮށްފައިވެއެވެ.

15ސަޕްލަޔަރުގެ ފަރާތުން ކަސްޓަމަރަށް ދެފަހަރެއްގެ މަތިން ދޫކޮށްފައިވާ ތެލަށް ދައްކަންޖެހޭ ޖުމްލަ -879,000/ރ. (އަށްލައްކަ ހަތްދިހަ ނުވަހާސް ރުފިޔާ) އާއި ދެ އިންވޮއިސްގައިވާ ޖުމްލަ ޢަދަދަށް ފައިސާ ނުދެއްކުމުގެ ސަބަބުން އެއްބަސްވުމުގައި ބަޔާންކުރާ ފައިސާ ދެއްކުން ލަސްވުމުގެ ފީ ގެ ގޮތުގައި 14 ޑިސެމްބަރު 2016 ގެ ނިޔަލަށް ދުވާލަކަށް %2 ގެ ރޭޓުން ހިސާބުކުރުމުން އަންނަ 80.00852،7ރ. (އަށް ލައްކަ ބާވަންނަ ހާސް ހަތްސަތޭކަ އާހި ރުފިޔާ) ހޯދުމަށް ދަށު ކޯޓުގައި ސަޕްލަޔަރު ދަޢުވާ ކުރިއެވެ.

16ސަޕްލަޔަރުގެ ފަރާތުން ފޯރުކޮށްދީފައިވާ ތެލުގެ ޖުމްލަ އަގާއިމެދު ކަސްޓަމަރުގެ ދެބަސްވުމެއް ނެތެވެ. އަދި މިދަޢުވާގެ ޝަރީޢަތް ދަށު ކޯޓުގައި ހިންގައި ޙުކުމް ކުރުމުގެ ކުރިން ކަސްޓަމަރުގެ ފަރާތުން، ތެލުގެ ޖުމްލަ އަގުގެ ތެރެއިން، 04 ޖެނުއަރީ 2018 ގެ ނިޔަލަށް 000.00،840ރ. (އަށްލައްކަ ސާޅީސްހާސް ރުފިޔާ) ދައްކާ، ނުދެއްކި ބާކީ ވަނީ 000.00،39ރ. (އޮނަސާޅީސްހާސް ރުފިޔާ) ކަމަށް ކަސްޓަމަރު ބުނެއެވެ. އަދި އެކަމަށް ސަޕްލަޔަރު އިންކާރެއް ނުކުރެއެވެ.

"ފިއުލް ސަޕްލައި އެގްރީމެންޓް"

17ކަސްޓަމަރުގެ ފަރާތުން އިންކާރު ކުރަނީ ފައިސާ ދެއްކުން ލަސްވުމުގެ ފީ (late payment fee)ގެ ގޮތުގައި ބަޔާންވެދިޔަ އިންވޮއިސްގެ ޖުމްލައިން ދުވާލަކަށްޖެހޭ %2 ގެ ފީ ދެއްކުމަށެވެ. އެކަމަށް އިންކާރުކުރާ ސަބަބުތަކެއް ކަސްޓަމަރު ބަޔާން ކުރެއެވެ. އެގޮތުން، ކަސްޓަމަރަށް ފައިސާ ދެއްކުން ލަސްވެގެން ދިޔައީ ސަޕްލަޔަރު އެއްބަސްވުމާއި ޚިލާފުވެ ތެޔޮ ސަޕްލައިކުރުނ ހުއްޓާލުމުން ކަމަށް ކަސްޓަމަރު ބުނެއެވެ. އަދި ސަޕްލަޔަރު ތެޔޮ ސަޕްލައި ކުރުން ހުއްޓާލިއިރު، ފައިސާ ދައްކަން އެއްބަސްވުމުން ލިބިދޭ 30 ދުވަހުގެ ކްރެޑިޓް މުއްދަތު ހަމަވާން ގާތްވެސ ނުވާކަމަށް ކަސްޓަމަރު ބުނެއެވެ. އަދި ސަޕްލަޔަރުގެ ފަރާތުން ކަސްޓަމަރަށް ތެޔޮ ސަޕްލައި ކުރުން ހުއްޓާލުމުގެ ސަބަބުން، ކަސްޓަމަރުގެ ފަރާތުން ތެޔޮ ގަންނަ ފަރާތްތކަށަ ތެޔޮ ފޯރުކޮށް ނުދެވި އެކަމުގެ ސަބަބުން ކަސްޓަމަރު އަތުން ތެޔޮ ގަންނަ ފަރާތްތައް ގެއްލި އެފަރާތްތަކާއި ދެމެދު އޮތް އިތުބާރު ގެއްލި ވިޔަފާރިތައ ގެއްލިގެން ދިޔަކަމަށް ބުނެއެވެ.

18ކަސްޓަމަރުގެ ފަރާތުން ކުރާ ބަޔާންވެދިޔަ ތުހުމަތު ތަކާއި ގުޅިގެން ސަޕްލަޔަރުގެ ފަރާތުން ސާފު ޖަވާބެއް ނުވަތަ ރައްދެއް ދީފައެއް ނެތެވެ. މިކަމާއި ގުޅިގެން ސަޕްލަޔަރު ބަޔާން ކޮށްފައިވަނީ ސަޕްލަޔަރު ދަޢުވާ ކޮށްފައިވާނީ ކަސްޓަމަރަށް ފޯރުކޮށްދެވުނު ތެލުގެ އަގަށްވާ ފައިސާއަށް ކަމަށްވާއިރު، ފޯރުކޮށްނުދީ ވާ ތެލެއްގެ އަގު ހޯދުމަށް ދަޢުވާ ނުކުރާ ކަމަށެވެ. އަދި ކަސްޓަމަރުގެ ފަރާތުން ޖޫރިމަނާއަށް އިންކާރު ކުރާ ކުރުމާއި ގުޅިގެން ސަޕްލަޔަރު ބުނެފައިވަނީ ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގެ 8 ވަނަ މާއްދާގައި "އިންވޮއިސްއަށް ދައްކަންޖެހޭ ފައިސާ ނުދައްކައި ލަސްވާ ކޮންމެ ދުވަހަކަށް އިންވޮއިސްގެ ޖުމްލަ ޢަދަދުގެ 10 މެއި 2017 ގައި ދަޢުވާ ރައްދުވާ ވިއްސަ އިންވެސްޓްމަންޓް (އިބްރާހީމް ޢުމަރު) ގެ ފަރާތުން ދަށު ކޯޓަށް ހުށަހެޅި ބަޔާނުގެ 6 ވަނަ ނަންބަރުގައި. 4 ސެޕްޓެމްބަރު 2017 އަދި 04 ޖެނުއަރީ 2018 ގައި ދަޢުވާ ރައްދުވާ ވިއްސަ އިންވެސްޓްމަންޓް (އިބްރާހީމް ޢުމަރު) ގެ ފަރާތުން ހުށަހެޅި ދެވަނަ ބަޔާނާއި ޚުލާޞާ ބަޔާނުގައި. 4 ފެބުރުއަރީ 2018 ގައި ދަޢުވާކުރާ ގްރީން ބޮކްސް ޕވޓ ލޓޑ ގެ ފަރާތުން ދަށު ކޯޓަށް ހުށަހެޅި ބަޔާނުގެ 2 ވަނަ ނަންބަރުގައި. %2 (ދެއެއް އިންސައްތަ) ފީއެއް ޗާރޖް ކުރެވޭނެއެވެ." މިފަދައިން އޮތުމުން ޖޫރިމަނާއަށް އިންކާރު ނުކުރެވޭނެ ކަމަށެވެ.

19ދަށު ކޯޓުން މިމައްސަލަ ނިންމާފައިވަނީ ތެލުގެ އަގަށްވާ ފައިސާގެ ތެރެއިން ނުދެއްކި އޮތް 39،000.00ރ. (އޮނަސާޅީ ސްހާސް ރުފިޔާ) އާއި 14 ޑިސެމްބަރު 2016 ގެ ނިޔަލަށްވާ ޖޫރިމަނާގެ ފައިސާ 852،780.00ރ. (އަށް ލައްކަ ބާވަންނަހާސް ހަތްސަތޭކަ އާހި ރުފިޔާ) އާއެކު ޖުމްލަ 780.00،891ރ (އަށްލައްކަ އެކާނަވައިހާސް ހަތްސަތޭކަ އާހި ރުފިޔާ) ކަސްޓަމަރުގެ ފަރާތުން ސަޕްލަޔަރަށް ދެއްކުމަށް ޙުކުމް ކޮށެވެ. ބަޔާންވެދިޔަ ގޮތަށް ދަށު ކޯޓުން މިމައްސަލަ ނިންމުމާއި ގުޅިގެން ކަސްޓަމަރުގެ ފަރާތުން މިމައްސަލ މިކޯޓުގައި އިސްތިއުނާފު ކޮށް މައގަނޑި ތިން ނުކުތާއެއް ހުށަހަޅައި އެނުކުތާތަކުގެ މައްޗަށް ވާހަކަ ދައްކާފައިވެއެވެ. އެނުކުތާތައް މިރިޕޯޓުގެ ރިޔާސަތުން ފާހަގަ ކޮށްފައިވާތީ އަލުން ތަކުރާރު ކުރުމުގެ ބޭނުމެއް ނެތެވެ. އިސްތިއުނާފު ކުރި ފުރަތަމަ ނުކުތާ:

20HN2މިނުކުތާގައި އިސްތިއުނާފު ކުރި ފަރާތުން މައިގަނޑު ގޮތެއްގައި ބުނެފައިވަނީ، ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ހ)، (ށ) އަދި 68 ވަނަ މާއްދާއއާ ޕްރިންސިޕްލްސ އޮފް ނެޗުރަލް ޖަސްޓިސް އެއާ ޚިލާފަށް ކަނޑައެޅިގެން ދަށު ކޯޓުގައި މިޤަޟިއްޔާ ހިންގާފައިވާ ކަމަށެވެ. މިނުކުތާގެ އެއްވެސް ތަފްޞީލެއް އިސްތިއުނާފު ކުރާ ފަރާތުން ބަޔާން ނުކުރާތީ އެނުކު ތާއަށ ޖަވާބެއް ދޭންޖެހޭ ކަމށަ ނުދެކެމެވެ. 02 އޮގަސްޓް 2017 ގައި ދަޢުވާކުރާ ގްރީން ބ ކ ސ ޕވޓ ލޓޑގެ ފަރާތުން ދަށު ކޯޓަށް ހުށަހެޅި ބަޔާނުގެ 2 ވަނަ ނަންބަރުގައި. އިސްތިއުނާފު ކުރި ދެވަނަ އަދި ތިންވަނަ ނުކުތާ:

21މިދެ ނުކުތާގައި އިސްތިއުނާފު ކުރާ ފަރާތުން ބަޔާންކުރަނީ ދަށު ކޯޓުން ޖޫރިމަނާ ފައިސާ ދެއްކުމަށް އަންގާފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު A27-2013/SC ޤަޟިއްޔާއާ ޚިލާފަށް ކަމަށާއި އަދި ގެއްލުމުގެ ބަދަލު ނަގައިދޭން ނިންމާފައިވަނީ ޤާނޫނު ނަންބަރު 91/4 (ކޮންޓްރެކްޓާބެހޭ ޤާނޫނު)ގެ 23 ވަނަ މާއްދާއާ ޚިލާފަށް ކަމަށެވެ. މދެނުކުތާގެ ތަފްޞީލް އިސްތިއުނާފި ކުރު ފަރާތުން ހުށަހަޅައި ފައިވެއެވެ. އަދި އިސްތިއުނާފު ރައްދުވާ ފަރާތުން އެހުށަހެޅުންތަކަށް ރައްދުދީ ވާހަކަ ދައްކާފައިވެއެވެ. އިސްތިއުނާފު ކުރި މައްސަލައިގައި ހިމެނޭ ފައިސާ:

22އިސްތިއުނާފު ކުރާ ފަރާތުން، ޙަވާލާދީފައިވާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2013/SC-A/27 11 10 ޤަޟިއްޔާގައި ބަޔާން ކުރާ ޖޫރިމަނާ ނުވަތަ "ޝަރުޠު ޖަޒާއީ" އާއި އަދި ޤާނޫނު ނަންބަރު 91/4 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 23 ވަނަ މާއްދާ (ށ) ގެ 1 ވަނަ ނަންބަރާއި 2 ވަނަ ނަންބަރަށް ޙަވާލާދީ "ލިކުއިޑޭޓަޑް ޑެމުޖަސ އާއް ޖޫރިމަނާއަކީ ތަފާތު ދެ މަފްހޫމް..." އެވެ. ނަމީރާ އިންޖިނިއަރިންގ އެންޑް ޓްރޭޑިންގ ޕވޓ ލޓޑ ވ. ޖައުސާ ކޮންސްޓްރަކްޝަން މޯލްޑިވްސް ޕވޓ ލޓޑ [2021] އެސްސީ 53. "ޝަރުޠު ޖަޒާއީ އަކީ ކޮންޓްރެކްޓްގެ އެއްބައިވެރިއެއްގެ މައްޗަށް ކޮންޓްރެކްޓުގެ ދަށުން ލާޒިމުވާކަމެއް ތަންފީޒުނުކުރުމުނ ނުވަތް ތަންފީޒުކުރުން ލަސްކުރުމުން އެކަމުން އެއްލުންވި އަނެއްބައިވެރިޔާއަށް ޙައްޤުވާ ބަދަލުގެ މިންވަރު ވަޒަންކުރުމުގެ މައްޗަށް ވެވޭ އެއްބަސްވުމެއް" ސީ.ޕީ.އެސް.މޯލްޑިވްސް ޕވޓ ލޓޑ ވ. ވާރކްސ ކޯޕަރޭޝަން ޕވޓ ލޓޑ [2013] އެސްސީ 27. " ކޮންޓްރެކްޓެއްގެ ދަށުން އެ ކޮންޓްރެކްޓުގެ ބައިވެރިއެއްގެ މައްޗަށް އަދާކުރުން ލާޒިމްވެގެންވާ އިލްތިޒާމެއް އަދާނުކުރުމުގެ ސަބަބުން ނުވަތަ އެ އިލްތިޒާމެއް އަދާކުރުމަށް ކަނޑައެޅިފައިވާ މުއްދަތުގައި އަދާނުކޮށް ލަސްކުރުމުގެ ސަބަބުން ކޮންޓްރެކްޓުގެ އަނެއް ބައިވެރިޔާއަށް ޙައްޤުވާ ގެއްލުމުގެ ބަދަލުގެ މިންވަރު ކުރިއާލައި ކަނޑައަޅައި، ބަދަލު ޙައްޤުވާ ފަރާތަށް އެ ބަދަލު ދިނުމަށް ކޮންޓްރެކްޓުގެ ބައިވެރިންގެ މެދުގައި ވެވޭ އެއްބަސް ވުމަށް ނުވަތަ ކުރެވޭ ޝަރްޠައް ޤާނޫނީ އިލްމުވެރިންގެ އިޞްޠިލާޙުގައި ކިޔަނީ "ޝަރްޠު ޖަޒާއީ" Clause Penalty) ކަމާއި..." އައި.އެންޑް.ޓީ މެނޭޖްމަންޓް ޕވޓ ލޓޑ ވ. މައިކްރޯ އިންވެސްޓްމަންޓް ޕވޓ ލޓޑ [2015] އެސްސީ 16. "ޖާޒާއ ޝަރުޠަކީ އެއްބަސްވުމުގެ ބައިވެރިއަކު އަދާކުރަންޖެހޭ އިލްތިޒާމެއް އަދާނުކޮށްފިނަމަ އެ ފަރާތުން އެއްބަސްވުމުގެ އަނެއް ބައިވެރިޔާއަށް ދޭންޖެހޭ މާލީ ބަދަލުގެ މިންވަރު އެއްބަސްވުމުގައި ކަނޑައަޅައި ބަޔާންކުރުމަށް އެއްބަސްވުމުގައި ލިޔާ މާއްދާއެކެވެ." (ތަފާތުވި ރައުޔު)، ޙަސަން ޢަލީމަނިކު ވ. އަޙްމަދު ޖަނާޙް [2021] އެސްސީ 50. " ޝަރުޠުޖަޒާއ އަކީ ކޮންޓްރެކްޓެއްގެ ބައިވެރިޔަކު އަދާކުރަންޖެހޭ އިލްތިޒާމެއް އަދާނުކުރުމުގެ ސަބަބުން ނުވަތަ އަދާނުކޮށް ލަސްކުރުމުގެ ސަބަބުން ކޮންޓްރެކްޓްގެ އަނެއް ބައިވެރިޔާއަށް ލިބިދާ ނ ގެއްލުމުގެ ބަދަލާމެދު ކޮންޓްރެކްޓްގެ ބައިވެރިންގެ މެދުގައި ކޮންޓްރެކްޓް ކުރެވުނުއިރު އެއްބަސްވެ ކޮންޓްރެކްޓްގައި ހިމަނައި ޝަރުޠު ކުރުމަށް ނުވަތަ އެއްބަސްވުމުގެ މާއްދާއެއްގެ ގޮތުގައި ހިމަނާ ހިމެނުމަށް ނިސްބަތްކޮށް ބޭނުންކުރާ އިޞްޠިލާހެއްކަން.." (އަޣުލަބިއްޔަތު ރައުޔު) ޙަސަން ޢަލީމަނިކު ވ. އަޙްމަދު ޖަނާޙް [2021] އެސްސީ .50 ދައްކާފައިވާ ވާހަކަތަށް ބަލާއިރު، ޖޫރިމަނެއާއި ގެއްލުމުގެ ބަދަލާއި، އަދަބުގެ ގޮތުގައި ދައްކަންޖެހޭ ފައސި އާއި ލކުއިޑޭޓަޑ ޑެމެޖަސް އާއި މިލަފުޒުތަކުގައި ތަފާތު ތަކެއް ހުރިކަން އެނގެއެވެ. ނަމަވެސް އިސްތިއުނާފީ މައްސަލަ ހުށަހެޅި ހުށަހެޅުމުގައި މިބައިތައް އެކުވެ މަސްހުނިވުމުގެ ސަބަބުން ވާހަކަ ދެކެވެނީ އެފައިސާގެ ވާހަކަ ކަމެއް މިފައިސާގެ ވާހަކަ ކަމެއް ސާފެއް ނޫނެވެ. އެހެންކަމުން އިސްތިއުނާފު ކުރެވިފައިވާ މައްސަލައިގައި ހިމެނޭ "ލޭޓް ޕޭމަންޓް ފީ" ގެ ގޮތުގައި އެއްބަސްވުމުގައި ބަޔާން ކުރާ %2 ގެ ފައިސާއަކީ ކޮން ފައިސާއެއްތޯ ފުރަތަމަކަމކަށް، ދެނެ ގަންނަންޖެހޭކަމަށް ދެކެމެވެ. އެހެނީ، އެ ފައިސާއަކީ ކިހިނަކުން، ކޮން ބޭނުމަކު ނަގައިދެވޭ ފައިސާއެއްކަން އެނގިގެން މެނުވީ، އެއީ ނަގައި ދެވޭނެ ފައިސާއެއްކަން ނުވަތަ ނޫންކަން ކަނޑައެޅުމަށް ދަތިވާނެއެވެ. ގެއްލުމުގެ ބަދަލު (damages):

23ކޮންޓްރެކްޓްގެ ބައިވެރިންގެ މެދުގައި ބެދެވިގެންދާ އަދި ޞައްޙަ ކޮންޓްރެކްޓަކާއި ބައިވެރިޔަކު ޚިލާފު ވެއްޖެނަމަ، އެކަމުން ލިބުނު ގެއްލުމަކަށް އެޢަމަލުކުރި ބައިވެރިޔަކު ބަދަލު ދޭންޖެހޭނެ އެވެ. މިގޮތުން ދޭންޖެހޭ ބަދަލު މައިގަނޑު ދެބަޔަކަށް ބަހާ ލެވިދާނެއެވެ. އެއްބަޔަކީ، ކޮމްޕެންސޭޓަރީ ޑެމޖަސެ (compensatory) ގެ ގޮތުގައި ނަގައިދެވޭ ބަދަލެވެ. އަނެއް ބަޔަކީ، އެއްބަސްވުމާއި ޚިލާފުވެއްޖެނަމަ، ބަދަލުގެ ގޮތުގައި ލިބިދިނުމަށް ވަކި މިންވަރެއް ކަނޑައަޅައި ނުވަތަ އެކަމުގެ ޖަޒާއެއްގ ގޮތުނެ ލިބިދެވޭނެ ވަކި މިންވަރެއް އެއްބަސްވުމުގައި ދުރާލާ ލިޔެ ބަޔާންކޮށްފައިވާ ބަދަލު (liquidated damage) އެވެ. " ޖޫރިމަނާ އާއި ގެއްލުމުގެ ބަދަލާއި، އަދަބުގެ ގޮތުގައި ދައްކަންޖެހޭ ފައިސާއަކީ ޤާނޫނީގޮތުން ވަރަށް ތަފާތު ތިން ޙާލަތެއްގައި ދަ އްކަން ޖެހިދާނެ ފައިސާއެކެވެ." (އަޣުލަބިއްޔަތު ރައުޔު) ޙަ ސަން ޢަލީމަނިކު ވ. އަޙްމަދު ޖަނާޙް [2021] އެސްސީ 50. ޤާނޫނުނަންބަރު:91/4 (ކޮންޓްރެކްޓާބެހޭ ޤާނޫނު)ގެ 23 ވަނަ މާއްދާގެ (ހ). ކޮންޓްރެކްޓާއި ޚިލާފުވުމުގެ ސަބަބުން ނަގައިދެވޭ ބަދަލުގެ ތަފާތު އެބަހުއްޓެވެ. ނަމަވެސް މިމައްސަލައިގެ ބޭނުމަށް ޤާނޫނު ނަންބަރު: 91/4 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 23 ވަނަ މާއްދާ:

24HN3ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގައި ބަޔާން ކުރަނީ، ބައިވެރިންގެ މެދުގައި ވެފައިވާ ޞައްޙަ އަދި ބެދެވިގެންދާ އެއްބަސްވުމެއްގެ ވާހަކަ އެކެވެ. މިމާއްދާގައި ބަޔާން ކުރަނީ އެފަދަ އެއްބަސްވުމަކާއި ޚިލާފުވެއްޖެނަމަ، ނަގައި ދެވިދާނެ ބަދަލުތަކުގެ ތެރެއިން ކޮމްޕެންސޭޓަރީ ޑެމޖެ ސ ނވަތު އެއްބަސްވުން އެކަށައަޅާއިރު، ގެއްލުމުގެ ބަދަލުގެ ގޮތުގައި ވަކި މިންވަރެއް ބަޔާން ނުކުރާ ބަދަލު (unliquidated damage) ނަގައި ދިނުމުގެ އުޞޫލެވެ. އެމާއްދާގައި ބަޔާން ކުރާ ބަދަލަކީ، ޞައްޙަ ތަންފީޛު ކުރެވޭނެ އެއްބަސްވުމަކާއި ޚިލާފުވުމުން، ލިބުނު ގއްލުނެ އަގުކޮށް ހިސާބުކޮށް ބަލަންޖެހޭ ގެއްލުންތަކެވެ. މިއުޞޫލުގެ ދަށުން ގެއްލުން ހިސާބުކޮށް ބެލެނީ، އެއެއްބަސްވުމާއި އެއްގޮތަށް ޢަމަލުކުރިނަމަ، އެއްބަސްވުމާއި ޚިލާފުނުވާ މައުސޫމް ފަރާތް ހުންނާނެ ޙާލަތާއި އެންމެ ގާތްކުރާ ހިސާބަކަށް ފައިސާއިން ބަދަލު ދީގެން އެހިސާބަކަށް އޭނާ ގެންގޮސް ދިނުމަށެވެ. ޤާނޫނު ނަންބަރު: 91/4 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 23 ވަނަ މާއްދާގައި ބަދަލު ނެގޭނެ ދެގޮތެއް ހިމެނިފައިވެއެވެ. އެމާއްދާގައި އޮތީ؛

(ހ) ކޮންޓްރެކްޓެއްގެ ބައިވެރިޔަކު އެ ކޮންޓްރެކްޓަކާ ޚިލާފު ޢަމަލެއް ކޮށްފިނަމަ، އެޢަމަލެއ ކުރުމުން ލިބުން ގެއްލުމަކަށް އެޢަމަލުކުރި މީހަކު، ބަދަލު ދޭންޖެހޭނެއެވެ.

(ށ) މިމާއްދާގެ (ހ) ގައިވާ ގޮތުން ބަދަލުދޭންޖެހޭ ގެއްލުމަކީ؛ (1) ކޮންޓްރެކްޓާ ޚިލާފުވުމުގެ ސަބަބުން ސީދާ ލިބޭ ގެއްލުން. (2) އެފަދަ ޚިލާފު ޢަމަލެއް ކުރުމުމުނ ލިބިދާނެކަން ކޮންޓްރެކްޓްގެ ބައިވެރިންނަށް އެނގިފައިވާ ގެއްލުން. މިފަދައިންނެވެ. ރާއްޖޭގެ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގައި ބަޔާން ކުރާ ބަދަލު ނަގައި ދިނުމގު އުޞޫލަކީ ބައެއް އެހެން ޖުރިސްޑިކްޝަންތަކުގެ ކޮންޓްރެކްޓާބެހޭ ޤާނޫނުގައި ބަޔާން ކުރާ ބަދަލު ނަގައި ދިނުމުގެ އުޞޫލާއި އެއްގޮތް އުޞޫލެކެވެ. ބަދަލު ނައިދިނުމުގެ އެއޞުލ ބަޔާނު ކުރް ގޮތުނާ ބަދަލު ނަގައިދެވޭނީ؛ އިންޑިޔާގެ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 73 ވަނަ މާއްދާ އަދި މެލޭޝިޔާގެ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 74 ވަނަ މާއްދާއަކީ ރާއްޖޭގެ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގައި ބަޔާން ކުރާ މަފްހޫމް ހިމެނޭ ދެމާއްދާއެވެ. (1) Which naturally arose in the usual course of things from the breach, or (2) Which the parties knew, when they made the contract, to be likely to result from the breach of it. މި އުޞޫލުގެ މަތިންނެވެ. މިއުޞޫލަކީ، އިންޑިޔާގެ ކޮންޓްރެކްޓާބެހޭ ޤާނޫނު ވުޖޫދުވުމުގެ ކުރިން، ގެއްލުމުގެ ބަދަލު ނަގައިދިނުމާއި ގުޅޭ ގޮތުން، އިގިރޭސިވިލާތުން ނިންމާފައިވާ Hadley v Baxendale މައްސަލައިގައި އެކަށައެޅި އުޞޫލެކެވެ. ދިވެހިރާއްޖޭގެ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގައި ހިމެނިފައިވާ ބަދަލު ނަގައިދިނުމުގެ އުޞޫލާއި ބަޔާންވެދިޔަ އެހެން ޖުރިސްޑިކްޝަންތަކުގއި ކޮންޓްރެކްޓާއ ޚިލާފުވުމުގެ ސަބަބުން ބަދަލު ނަގައި ދިނުމުގައި ބަލާ އުޞޫލާއި އެއްގޮތް ކަމަށް ވާތީ، ދިވެހިރާއްޖޭގެ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ ދަށުން ބަދަލު ނަގައިދިނުމުގެ މައްސަލަތަކާއިމެދ ގޮތު ނިންމާއިއިރު، މިދެންނެވި އުޞޫލަށް އެހެން ޖުރިސްޑިކްޝަންތަކުން ދީފައިވާ ތަފްސީރަށ ރިޢާޔަތް ކުރެވިދާނެ ކަމަށް ދެކެމެވެ.

25ކޮންޓްރެކްޓާއި ޚިލާފުވުމުގެ ސަބަބުން ގެއްލުމުގެ ބަދަލު ނަގައިދިނުމުގެ މިއުޞޫލުގައ ބަޔާނި ކުރް ފުރަތަމަ ގޮތަކީ، ކޮންޓްރެކްޓާއި ޚިލާފު ވެއްޖެނަމަ، ޢާންމު އުޞޫލުން އެކަމެއް ހިނގަމުންދާ ގޮތުން، އޭގެ ތަބީއަތުގައި ކުރިމަތިވާނެ (naturally arose in the usual course) ގެއްލުން ކަމަށް އެޙާލަތުގައި ހުރި ސަބަބުވެރި އިންސާނަކަށް ޤަބޫލު ކުރެވޭ ގެއްލުން ނުވަތަ އެކަމުގެ ސަބަބުން ސީދާ ލިބޭނެ ގެއްލުމުގެ ބަދަލު (actual damages/direct damages) އެވެ. މިފަދަ ގެއްލުމެއް ވާނެކަން ކޮންޓްރެކްޓާ ޚިލާފުވާ ފަރާތަށް އޞަލުނ ނުވަތް ދުރާލާ އެގިފައި އޮތުން ލާޒިމެއް ނޫނެއެވެ. ޤާނޫނު ޤަބޫލު ކުރަނީ އެފަދަ ގެއްލުންތައް ކުރިމަތިވާނެކަން ކޮންޓްރެކްޓާއި ޚިލާފުވާ ފަރާތަށް އެނގޭނެ ކަމަށެވެ. އިންޑިއަށ ކޮންޓްރެކްޓް އެކްޓަކީ، އިގިރޭސި ކޮމަންލޯގެ މަންޗަ ށ ބިނާކޮށް 1872 ގައި އެކަށައަޅާފައިވާ ޤާނޫނެކެވެ. އެޤާނޫނު ހިންގަންފެށީ 1 ސެޕްޓެމްބަރު 1872 ގައެވެ. Hadley v Baxendale (1854) 9 Exch 341.

26ކޮންޓްރެކްޓާއި ޚިލާފުވުމުގެ ސަބަބުން ގެއްލުމުގެ ބަދަލު ނަގައިދިނުމުގެ މިއުޞޫލުގައ ބަޔާނި ކުރް ދެވަނަ ގޮތަކީ، އެއްބަސްވުން ވާއިރު، ކޮންޓްރެކްޓާ ޚިލާފުވާ ފަރާތް ނޫން އަނެއް ފަރާތް (މައުސޫމް ފަރާތް) ހުރި ޚާއްޞަ ޙާލަތް އެގިފައި އޮތުމުގެ ސަބަބުން (special knowledge) ނުވަތަ ބަޔާންކޮށްދީފައި އޮތމުގު ސަބަބުން، ކޮންޓްރެކްޓާއި ޚިލާފުވެއްޖެނަމަ، ކުރިމަތިވެދާނެ ކަމަށް ކޮންޓްރެކްޓްގެ ބައިވެރިންނަށް ނުކުމެދާނެކަމަށް ބެލެވިފައިވާ ނުވަތަ އެނގިފައިވާ )to be likely to result…the parties knew( ގެއްލުމެވެ. އެހެންކަމުން، މިބައިގައ ބަޔާންކުރި ގެއްލުމަކީ، ކޮންޓްރެކްޓާއި ޚިލާފުވުމުން ނިކުމެދާނެ ނަތީޖާއެއްގެ ތެރެއިން ކުރިމަތިލާންޖެހިދާނެ ގެއްލުންތަކެއްކަން ދުރާލާ އެނގިފައިވާނެ ގެއްލުން (foreseeable damages) ކަމުގައި ބެލެވޭނެ އެވެ. ނަމަވެސް މިގެއްލުންތަކަށް ބަދަލެއްގެ ގޮތުގައި ވަކި ޢަދަދެއްގެ ފައިސާ ދުރާލާ ކޮންޓްރެކްޓްގައި ހިމަނާފައެއް ނުވާނެއެވެ. އިންޑިޔާ އަދި އެޤައުމުގެ ޤާނޫނު ނަކަލުކޮށްފައިވާ ޤައުމުތަކުގެ ކޮންޓްރެކްޓާބެހޭ ޤާނޫނުގައި މިގޮތުން ނަގައި ދެވޭ ބަދަލަކީ، މާދުރު (too remote) އަދި ނުސީދާ (indirect) ބަދަލެއް ކަމުގައި ވެގެން ނުވާނެކަމަށް ޝަރުޠު ކުރެއެވެ. އަދި ހަމައެހެންމެ، އެގެއްލުމަކީ ކޮންޓްރެކްޓާއި ޚިލާފުވުމުގެ ސަބަބުން ކުރިމަތިވި ގެއްލުމެއް ކަމުގެ ސަބަބީ ގުޅުން (causal link) ސާބިތުކޮށްދޭން ޖެހެއެވެ. މީގެ އިތުރުން، އެފަދަ ގެއްލުމެއްގެ ބދަލަ ހޯދުމަށް އެދޭއިރު އެގެއްލުން ކުޑަކުރުމަށް (mitigate) ކުރެވެން ހުރިކަންކަން ކޮށްފައިވޭތޯ ބަލައި އެކަމަށް ރިޢާޔަތް ކުރެވެއެވެ. އެހެންކަމުން، ދިވެހިރާއްޖޭގެ ކޮންޓްރެކްޓބެހާ ޤާނޫނުގެ 23 ވަނަ މާއްދާގައި ހުރި އެއްގޮތްކަމުގެ ސަބަބުން މިދެންނެވި ބަދަލު ނަގައިދިނުމުގައި ބަޔާންވެދިޔަ ޝަރުޠުތައް ހިނގާނެކަމަށް ދެކެމެވެ. Hadley v. Bazendale (1854) 9 Exch 341.

27ކޮންޓްރެކްޓބެހާ ޤާނޫނުގެ ދަށުން ބަދަލު ހޯދުމަށް ކުރާ ދަޢުވާތަކުގައި، އެބަދަލެއް ނަގައި ދެވޭނީ، ދަޢުވާ ކުރާ ފަރާތުން ކުރާ ދަޢުވާގައި ބަޔާން ކުރާ ގެއްލުން ކޯޓަށް ސާބިތު ކޮށްދިނުމުންނެވެ. އެހެ ންކަމުން، ކޮންޓްރެކްޓާއި ޚިލާފުވުމުގެ ސަބަބުން ބަދަލު ނަގައި ދިނުމުގައި އެންމެ އިންޞާފުވެރި ގޮތަކަށް ވާނީ އެއެއްބަސްވުމުގެ ބައިވެރިއަކަށް ގެއްލުމެއް ލިބިފައިވާނަމަ އެލިބުނު ގެއްލުމެއް ޝަރީޢަތަށް ސާބިތުވުމުން އެ ގެއްލުމެއްގެ ބަދަލު ޝަރީޢަތުން ނަގައިދިނުމެވެ.

ލިކުއިޑޭޓަޑް ޑެމެޖަސް (liquidated damages:)

28HN4ކޮންޓްރެކްޓެއްގެ ބައިވެރިޔަކު އެ ކޮންޓްރެކްޓަކާ ޚިލާފު ޢަމަލެއް ކޮށްފާނެ ކަމަށް ދެކިގެން، އެފަދަ ޙާލަތެއްގައި ލިބިދާނެ ގެއްލުމުގެ ބަދަލުގެ މިންވަރު، އެކޮންޓްރެކްޓްގައި ދުރާލާ ލިޔެ ބަޔާން ކުރުމަކީ ކޮންޓްރެކްޓްގެ ބައިވެރިންނަށް ލިބިގެންވާ މިނިވަން ކަމެކެވެ. މިއުޞޫލުން، އެއްބަސްވުމެއްގައި ހިމަނާފައިވާ ފައިސާއަކީ "ލިކުއިޑޓޭ ޑަ ޑެމެޖަސް" (liquidated damages) ކަމުގައި ބެލެވެއެވެ. މިއީވެސް، ކޮންޓްރެކްޓާ ޚިލާފުވުމުން، ގެއްލުމުގެ ބަދަލުގެ ގޮތުގައި ނަގައި ދެވިދާނެ ފައިސާ އެކެވެ. ނަމަވެސް މިއީ ކޮންޓްރެކްޓަކާ ޚިލާފުވުމުން ބަދަލު ދޭންޖެހުމާއ ގުޅި ގޮތުން ރާއްޖޭގެ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގައި ބަޔާން ކުރާ އުޞޫލުން ނަގައިދޭ ގެއްލުމުގެ ބަދަލެއް ނޫނެވެ. ޙަސަން ޢަލީމަނިކު ވ. އަޙްމަދު ޖަނާޙް [2021] އެސްސީ 50. ޤަޟިއްޔާގައި؛ ނަމީރާ އިންޖިނިއަރިންގ އެންޑް ޓްރޭޑިންގ ޕވޓ ލޓޑ ވ. ޖައުސާ ކޮންސްޓްރަކްޝަން މޯލްޑިވްސް ޕވޓ ލޓޑ [2021] އެސްސީ 53. ކޮންޓްރެކްޓާއި ޚިލާފުވާ ޙާލަތުގައި، ބަދަލުގެ ގޮތުގައި ލިބިދެވޭނެ ފައިސާގެ ވަކި މިންވަރެއް ކޮންޓްރެކްޓުގައި ބަޔާން ކުރުމުގެ ބޭ ނުންތަކެއް ވެއެވެ. ބައެއްފަހަރަށް އެއްބަސްވުމާއި ޚިލާފުވުމުގެ ސަބަބުން ކުރިމަތިވާ ގެއްލުމަކީ އަގުކޮށް ހިސާބު ޖަހައި ޢަދަދެއް ނެރުން ދަތި އަދި އޮޅުން ބޮޑު ކަމަކަށް ވެދާނެއެވެ. އެހެންކަމުން، އެފަދަ ޚިލާފަކާއ ގުޅިގެނި ލިބެންޖެހޭ ބަދަލުގެ މިންވަރު ވަކި ވަރަކަށްވުރެ ދަށްވެގެން ނުދިއުމާއި ބަދަލާމެދު ޔަޤީންކަށް އިތުރުކުރުމާއި، ދުރާލާއި އެއްބަސްވުމުގެ ބައިވެރިންނަށް އެކަމަށް ތައްޔާރުވުން ފަދަ ބޭނުންތައް ހިމެނެއެވެ. ނަމަވެސް އެއްބަސްވުމަށް އޮތް މިނިވަންކަމުގެ ތެރެއިން މިފަދަ މާއްދާއެއް އެކަށައެޅިނަމަވެސް، އެފަދަ މާއްދާއެއްގައި ބަޔާންކުރާ ކަންކަން ބަލައި ކޮންޓްރޯލް ކުރުމަށް ކޯޓުތަކަށް ލިބޭ އިޚްތިޞާޞް ކޯޓުތަކުގައި އޮންނާނެއެވެ. " ވިޔަފާރީގެ އެއްބަސްވުންތަކުގައި ލިކުއިޑޭޓަޑް ޑެމެޖަސްގެ މާއްދާތައް މަގުބޫލުވެފައިވަނީ، އެފަދް މާއްދާއެއްގެ ދަށުން ލިބިގަތުމަށްޓަކައި ގެއްލުން ތަހައްމަލުކުރަނ ޖެހުން ލާޒިމުނުވާތީއެވެ. ދެފަރާތުގެ މެދުގައި ލިކުއިޑޭޓަޑް ޑެމެޖަސްގެ ގޮތުގައި ލިބިދެވޭނެކަމަށް އެއްބަސްވުމުގައ ބުނި ފައިސާ ލިބިގަތުމަށްޓަކައި ކޯޓުގައި ސާބިތުކުރަން ޖެހޭނީ ހަމައެކަނި އެއްބަސވުމ ޚިލާފުވެފައިވާ ކަމާއި، އެ ޚިލާފުގެ ސަބަބުން އެއްބަސްވުމުގައި ބުނާ ގެއްލުމުގެ ބަދަލު ލިބިދޭންޖެހޭ ޙާލަތެއް މެދުވެރިވެފައިވާ ކަމެވެ." ބަޔާން ކުރާ މަތީގައިވާ ޕެރެގްރާފުން، ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ (ށ) ގައި ބަޔާން ކުރާ ގެއްލުމުގެ ބަދަލާއި ލިކުއިޑޭޓަޑް ޑެމެޖަސްގައ ހުރި ތާފާތު ސާފުކޮށް އެނގެއެވެ. މިގޮތުން؛

28.1. ލިކުއިޑޭޓަޑް ޑެމެޖަސްގެ ޒާތަކީ، ކޮންޓްރެކްޓާއި ޚިލާފުވުމުން، ވެދާނެކަމަށް އޭގެ ބައިވެރިންނަށް ޤަބޫލު ކުރެވޭ ޙަޤީޤީ ނުވަތަ ސީދާ ގެއްލުމަކާއި ގުޅުވައި ދުރާލާ ކަނޑައެޅޭ ޞަރީޙަ އަންދާޒާއެއްގެ estimate of loss)-(genuine pre މައްޗަށް ބިނާވާންޖެހޭ ފައިސާއެކެވެ.

28.2. ޤަބޫލު ކުރެވޭ ޙަޤީޤީ ނުވަތަ ސީދާ ގެއްލުމަކާއި ގުޅުވައި ދުރާލާ ކަނޑައެޅޭ ޞަރީޙަ އަންދާޒާއެއް ކަމުގައި ނުވެއްޖެނަމަ، އެއްބަސްވުމުގައި ހިމެނިފައިވާ ފައިސާއަކީ، ލިކުއިޑޭޓަޑް ޑެމެޖަސްކަމުގައ ނުވި އެއެ "އަދަބެއް" ނުވަތަ "ޕެނަލްޓީ" އަކަށް ވުމުގެ ފުރުޞަތު އޮވެއެވެ. ލިކުއިޑޭޓަޑް ޑެމިޖަސްއ ގުޅާ ގޮތުން އެއްބަސްވުމުގައި ލިޔެފައި ހުންނަ މާއްދާތައް ކޯޓުތަކުން ތަންފީޛުކުރުމުގައިވެސް އެ މާއްދާއެއްގެ ދަށުން ނަގައިދެވޭ މިންވަރަކީ ގެއްލުމުގެ ބަދަލާއި ގުޅުންހުރި މުނާސަބު މިންވަރެއްކަން ވަޒަންކުރަންވާނެކަމަށް ކަނޑައެޅިފައިވަނީ މިސަބަބަށްޓަކައެވެ. ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާއަކީ، އެކޮންޓްރެކްޓެއްގައި Clydebank Engineering and Shipping Co. v. Don Fose Ramos Yzquierdo y Castaneda [1905] A.C.6). ނަމީރާ އިންޖިނިއަރިންގ އެންޑް ޓްރޭޑިންގ ޕވޓ ލޓޑ ވ. ޖައުސާ ކޮންސްޓްރަކްޝަން މޯލްޑިވްސް ޕވޓ ލޓޑ [2021] އެސްސީ 53. ގެއްލުމުގެ ބަދަލުގެ ގޮތުގައި ނުވަތަ ޕެނަލްޓީއެއްގ ގޮތުގައެ މިންވަރު ކަނޑައަޅާ ބަޔާނކޮށްފައް ނުވް ކޮންމެ އެއްބަސްވުމެއްގެ މައްޗް ށްވެސް ހިންގޭނެ މާއްދާއެއް ކަމަށްވާތީ، އެމާއްދާގެ ދަށުނ ކަނޑައެޅޭ ގެއްލުމުގެ ބަދަލަކީ "އަދަބެއް" ނުވަތަ "ޕެނަލްޓީ" އަކަށް ވުމުގެ ފުރުޞަތެއް ނޯންނާނެއެވެ.

28.3. ލިކުއިޑޭޓަޑް ޑެމެ ޖސްގެ ދައުރަކީ، ކޮންޓްރެކްޓާއި ޚިލަ ފުވުމުގެ ސަބަބުން ގެއްލުން ތަހައްމަލު ކުރަން ނުޖެހުނަސް އެ މިންވަރު ލިބި ދިނުމެކެވެ. ވީމާ، މިޙާލަތުގައި، ޙަޤީޤީ ގެއްލުމެއް ވެފައިވާކަން ސާބިތުކޮށްދިނުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ނޫނެވެ. ކޮންޓްރެކްޓާއި ޚިލާފުވުމުން ކުރިމަތިވެދާނެކަމަށް ޤަބޫލު ކުރެވޭ ގެއްލުން ދުރާލާ އަގުކުރުމުގައި މުހިންމު މިންވަރަކީ އަސްލު ވާނެ ކަމަށް ބެލެވޭ ގެއްލުމުގެ މިންވަރެވެ. އެހެންކަމުން، ގެއްލުން ކަމުގައި ބަޔާން ކުރާ ފައިސާގެ ތެރޭގައި މާދުރު (too remote) ގެއްލުންތަކަށް ފައިސާ ހިމެނިފައިވާ ނަމަ، އެ ކަމުގެ މައްޗަށް ބިނާކޮށް ފައިސާ އުނި ކުރުން ހުއްދަ ނުކުރެވޭނެ ސަބެބެއް ނެތެވެ.

28.4. ކޮންޓްރެކްޓެއްގައި ހިމެނިފައިވާ ލިކުއިޑޭޓަޑް ޑި މ ޖ ސ ކޯޓަށް ނގަ އިދިންނަމަވެސް ލިކުއިޑޭޓަޑަ ޑެމެޖަސްގެ ގޮތުގައި ބަޔާން ކުރާ އަދަދަކީ ޤަބޫލު ކުރެވޭ ޙަޤީޤީ ނުވަތަ ސީދާ ގެއްލުމަކާއި ގުޅުވައި ދުރާލާ ކަނޑައެޅޭ ޞަރީޙަ އަންދާޒާއެއް ކަމުގައި ނުވެއްޖެނަމަ، އެއީ ޕެނަލްޓީ ކުލޯޒެއް ކަމުގައި ވެގެން ދެއެވެ. މިޙާލަތުގައި، އެއީ ތަންފީޛު ކޮށްދެވޭނެ މާއްދާއެއް ނޫނެވެ. އެފަދަ މާއްދާގެ މަޤްޞަދަކަށް ވެގެންދަނީ، ކޮންޓްރެކްޓާ ޚިލާފުވި ފަރާތަށް އަދަބު ދިނުމެވެ. އެހެންވެ، ކޯޓުތަކުން ނިންމާފައިވަނީ އެއީ ހުއްދަ ކުރެވިދާނެ މަޤްޞަދެއް ނޫންކަމަށެވެ. އަދި އަދަބެއްގެ ގޮތުން ކޮންޓްރެކްޓްގައި ހިމަނާ ފައިސާ ޕަބްލިކް ޕޮލިސީއާއި ޚލާފުވާނެތީ، އެފައިސާއަކީ Robophone Facilities Ltd v. Blank [1966] 1 WLR 1428, 1447. Clydebank Engineering and Shipping Co. v. Don Fose Ramos Yzquierdo y Castaneda [1905] A.C.6). ނަގައިދެވޭނެ ފައިސާއެއް ނޫނެވެ. އެއީ ކޮންޓްރެކްޓަކީ އަދަބު ދީގެން ޢަމަލު ކުރުވި އެއްޗެއްކަމުގައި ނުވާތީއެވެ. އަދަބެއްގެ ގޮތުން ހިމަނާ ފައސި (penalty clause):

29އެއްބަސްވުމެއް ވާއިރު، އަދަބެއްގެ ގޮތުން ކޮންޓްރެކްޓްގައި ހިމަނާފައިވާ ފައިސާ އާއި ލިކއިޑޭޓަޑު ޑެމެޖަސްއާ ދެމެދު ތަފާތެއް ވެއެވެ. ޕެނަލްޓީ ކުލޯޒްގެ ޒާތަކީ، އަދަބެއްގެ ގޮތުން ނުވަތަ އިރުހާބީ ގޮތެއްގައި (in terrorem) ފައިސާގެ ޢަދަދެއް ކޮންޓްރެކްޓާއި ޚިލާފުވާ ފަރާތުގެ މައްޗަށް ލާޒިމު ކުރުވުމަށް ހިމަނާ ފައިސާ އެކެވެ. މިފަދަ މާއްދާއަކީ ކޯޓުން ތަންފީޛު ކޮށްދޭ މާއްދާއެއް ނޫނެވެ. ސަބަބަކީ، އަދަބެއް ދީގެން ކޮންޓްރެކްޓަށް ޢަމަލު ކުރުވުމަކީ ކޮންޓްރެކްޓާ ބެހޭ ޤާނޫނު ބަލައިގަންނަ ހަމައަކަށް ނުވުމެއެވެ. ޙަސަން ޢަލީމަނިކު ވ. އަޙްމަދު ޖަނާޙް [2021] އެސްސީ 50. ޤަޟިއްޔާގައި؛ "ބަދަލު ލިބިގަތުމަށް ބަރޯސާވަނީ ޕެނަލްޓީ ކްލޯޒް clause) (penalty އެއް ނުވަތަ އުގޫބާތެއްގ ގޮތުގައެ ބެލެވި މާއްދާއެއްގެ މައްޗަށް ކަމުގައިވާނަމަ، އާންމު އުސޫލުން އެފަދަ ބަދަލެއް ނަގައި ނުދެވެއެވެ. އަދި އެކަމުގެ މައްޗަށް އެއްބަސްވެފައިވާ ނަމަވެސް، އެއްބަސްވުމެއްގެ ދަށުން ބަދަލު ނަގައިދިނުމުގެ ކުރިން ލިބިދެވޭނެ ކަމަށް އެއްބަސްވެފައިވާ މިންވަރަކީ ޕެނަލްޓީއެއްކަން (އުގޫބާތެއް ކަން) ނުވަތަ ނޫންކަން ކޯޓުން ވަޒަންކުރަން ޖެހެއެވެ." ސުޕްރީމް ކޯޓުން ބަޔާން ކުރް މިއުޞޫލަށް ބަލާއިރު، ބައެއާ ޙާލަތްތަކުގައި، ކޮންޓްރެކްޓްގިއި ހިމަނާފައިވާ ލެކުއި ޑޭޓަޑް ޑެމި ޖަސްއަކީވެސް، އަދަބެއްގެ ގޮތުގައެހިމެނިފައިވާ ފައިސާއެއްކަމުގައ ބެލެވިގެން ދެއެވެ. އެއީ، ޤަބޫލު ކުރެވޭ ޙަޤީޤީ ނުވަތަ ސީދާ ގެއްލުމަކާއި ގުޅުވައި ދުރާލާ ކަނޑައެޅޭ ޞަރީޙަ އަންދާޒާއެއް ކަމުގައި ނުވާ، އާދަޔާ ޚިލާފަށް ބޮޑު ޣައިރު މަޢުޤޫލު ޢަދަދެއް ކަމަށް ބެލޭވެ ޙާލަތްތަކުގައެވެ.

30ކޮންޓްރެކްޓެއްގައި ބަޔާން ކުރާ ފައިސާއަކީ، ޕެނަލްޓީއެއްކަމުގައި ވުމަކީ، އެމާއްދާ ކޮންޓްރެކްޓުން އުނިކޮށްލެވިދާނެ ސަބަބެއް ނޫނެވެ. ކޮންޓްރެކްޓްގެ ބައިވެރިންނަށް ކޮންޓްރެކްޓްއަށް ވަނުމަށް ލިބިފައިވާ މިނިވަން ކަމުގެ ތެރެއިން، އުފެދިގެން އަންނަ އެއްބަސްވުންތަކާއިމެދ ކޯޓުނު ގޮތް ނިންމާއިރު، ކޯޓުތަކުގެ ޒިންމާއަކީ ކޮންޓްރެކްޓްގެ ބައިވެރިން ނިންމި ނިންމުމުން ފައިދާ ބޮޑުވެފައިވަނީ ކޮންފަރާތަކަށްތޯ ބެލުމެއް ނޫނެވެ. އަދި ކޮންޓްރެކްޓްގެ ބައިވެރިން އެކަށައަޅާފައިވާ ކޮންޓްރެކްޓް ބަދަލުކޮށް ހެޔޮވަރު ކޮށްދިނުމަކީވެސް ކޯޓުން ކުރާ ކަމެއް ނޫނެވެ. ނަމަވެސް، އެމާއްދާ އަށް ބަރޯސާވެ ބަދަލު ހޯދުމަށް އެދޭ ފަރާ ތަށް، އަސްލުވާ ގެއްލުމަށްވުރެ އިތުރަށް ފައިސާ ނަގައިދިނުމަށް ކޯޓަކުން އެމާއްދާ ތަންފީޛެއް ނުކުރާނެއެވެ. ކޮންޓްރެކްޓްގައި ހިމަނާފައިވާ ފައިސާއަކީ ކިހިނަކުން ކޮންބޭނުމަކު ނަގައިދޭ ފައިސާއެއްކަން ދެނެގަތުން:

31ކޮންޓްރެކްޓްގެ ބައިވެރިން ކޮންޓްރެކްޓްގައި ހިމަނާފައިވާ ބަސް މަގަށް ފުރަތަމަ ނަޒަރުން ބަލާއިރު، "ޕެނަލްޓީ" ނުވަތަ "ލިކުއިޑޭޓަޑް ޑެމަޖަސް" ނުވަތަ މިނޫންވެސް މިފަދަ ބަސްތަކުގެ މާނައަކީ އެމީހުން އެބޭނުންކުރި ބަހެއްގެ މާނަ ކަމުގައި ފެނިދާނެއެވެ. ނަމަވެސް މިގޮތަށް ބޭނުންކޮށްފއަ ވި ބަސްމަގަކީ ގިނަފަހަރަށް ނިހާއީ ބަސް މަގަކަށް ނުވެއެވެ. އެހެންކަމުން، ކޮންޓްރެކްޓްގައި ބަޔާންކުރާ ފައިސާގެ މިންވަރަކީ ހަޤީޤަތުގައި "ޕެނަލްޓީ" އެއްތޯ ނުވަތަ "ލިކުއިޑޭޓަޑް ޑެމެޖަސް" ތޯ އެނޫން އެހެން ފައިސާއެއްތޯ ކޯޓުން ބަލަން ޖެހެއެވެ. މިއީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން މިހާރު ބަލައިގެންފައިވާ އުޞޫލެކެވެ. Jobson v. Johnson [1989[ 1 ALL ER ޙަސަން ޢަލީމަނިކު ވ. ޢަޙްމަދު ޖަނާޙް [2021] އެސްސީ 50.

32ކޮންޓްރެކްޓްގައި ހިމެނިފައިވާ ފައިސާގެ ޢަދަދަކީ، ޕެނަލްޓީއެއްތޯ ނުވަތަ ނޫންތޯ ކުރެވޭ ސުވާލުގެ ޖަވާބު ބިނާވެގެންދަނީ، ކޮންމެ ކޮންޓްރެކްޓެއްވެސ ވަކިން އެކޮންޓްރެކްޓެއްގައ ބަޔާންކުރި ޝަރުޠުތަކާއި އެކޮންޓްރެކްޓާއި ގުޅިފައިވާ ޙާލަތްތަކުގެ މައްޗަށް ބަލައިގެން އެކަށައެޅޭ ސުވާލަކަށެވެ. ލިކުއިޑޭޓަޑް ޑެމޖަސެ އާއި ޕެނަލްޓީއ ދެމެދާ ތަފާތު ކުރު އަސާސާ ބިނާވަނީ ކޮންޓްރެކްޓްގެ ބައިވެރިންގެ ކޮންޓްރެކްޓް އެކަށައެޅި ވަގުތު އޮތް ނިޔަތުގެ މައްޗަށެވެ. އެމާއްދާއަކީ ހެޔޮ ނިޔަތާއެކ ޤަބޫލު ކުރެވޭ ގެއްލުމެއްގެ ޞަރީޙަ އަންދާޒާ އެއްތޯ ނޫނީ ކޮންޓްރެކްޓާ ޚިލާފުވާ ފަރާތަށް އަދަބެއް ދިނުމަށް ހިމަނާ މާއްދާއެއް ތޯ ބެލުމުގައި، ތަފާތު ޓެސްޓުތައ ބޭނުން ކޮށްފައިވެއެވެ. ދުރާލާ ކުރާ އަންދާޒާއެއްގައި އާދަޔާ ޚިލާފަށް އެކަށީގެން ނުވާ ގޮތަށް އިތުރުކޮށްފައި އޮތުމަކީ، އެއަންދާޒާއަކީ ޞަރީޙަ އަންދާޒާއެއް ނުވާކަމަށް ދަލީލު ލިބޭނެ ކަމެކެވެ. ޞަރީޙަ ކޮށް އަންދާޒާ ކުރަންޖެހުމުގެ ބަދަލުގައި، އެއަންދާޒާއަކީ އެކަށީގެންވާ ގޮތަކަށް ކުރެވިފައިވާ އަންދާޒާއެއްތޯ ކޯޓުތަކުން ފަހުން ބަލަން ފެށިއެއެވެ. މގޮތުނި، ދުރާލާ ކުރާ އަންދާޒާއަކީ، އެކަށީގެންނުވާ އަންދާޒާއެއް ނަމަ އެއީ ރަގަޅު އަންދާޒާއަކަށް ނުވާނެއެވެ. ނަމަވެސް، ދުރާލާކުރާ އަންދާޒާއަކީ އެކަށީގެންވާ އަންދާޒާއަކަށް ވުމަށްޓަކައި އެއީ ރަގަޅު ޞަރީޙަ އަންދާޒާއަކަށ ވުން ލާޒިމެއް ނުކުރެއެވެ. އެހެންކަމުން، ދުރާލާ ކުރާ އަންދާޒާއަކީ އެކަށީގެންނުވާ ޢަދަދެއް ކަމަށް ބެލުމުގައި، އެއަންދާޒާގައ ބަޔާންކުރި ފައިސާގެ މިންވަރާއި ލިބުނު ގެއްލުމާއި ދެމެދު ވަރަށް ބޮޑު އުނި ފަރަގެއް ނުވަތަ ޙަޤީޤަތާއި ދިމާނުވުންތަކެއް ހުންނަންޖެހޭނެއެވެ. މިގޮތުން މިސުވާލަށް ޖަވާބު ދިނުމުގައި ބޭނުން ކުރެވިދާނެ ޓެސްޓްތައް، އިގިރޭސިވިލާތުގެ ބައެއް މައްސަލަތަކުގައި ބަޔާންކޮށްފައިވާއިރު، ބައެއް މައްސަލަތަކަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނިންމާފައިވާ، ޙަސަން ޢަލީމަނިކު ވ. ޢަޙްމަދު ޖަނާޙް މައްސަލައިގައި ޙަވާލާދީ ބަޔާންކޮށްފައިވެއެވެ. Public Works Commissioner v. Hills [1906] A.C 368. Dunlop Pneumatic Tyre Co. Ltd v. New Garage and Motor Co. Ltd [1915] A.C.79 Alfred McAlpine Capital Projects Ltd v. Tilebox Ltd [2005] EWHC 281. Dunlop Pneumatic Tyre Co. Ltd v. New Garage and Motor Co. Ltd [1915] A.C.79., Cavendish Square Holding BV v El Makdessi; ParkingEye Ltd v Beavis [2015] UKSC 67. "ޖެނުއިން ޕްރި- އެސްޓިމޭޓ އޮފް ލޮސް ޓެސްޓް" އިން "ލެޖިޓިމޭޓް އިންޓަރެސްޓް ޓެސްޓް"އަށް:

33އިގިރޭސިވިލާތުގެ ސުޕްރީމް ކޯޓުން ނިންމި، ކެވެންޑިޝް އަދި ޕާކީންއައި ޤަޟިއްޔާގައި، ޕެނަލްޓީސް ނުވަތާ ޖަޒާއީ ގޮތުން އެއްބަސްވުމުގައި ކަނޑައަޅާފައިވާ ފައިސާއާބެހޭ ގޮތުން ބަލާނެ އައު ޓެސްޓެއް ވަނީ ކަނޑައަޅާފައެވެ. މިގޮތުން، އެއްބަސްވުމުގައި ހިމެނޭ މާއްދާއަކީ ޕެނަލްޓީއެއް ތޯ ނުވަތަ ނޫންތޯ ބެލުމަށް ކުރިން ބޭނުން ކުރަމުންދިޔަ "ޖެނުއިން ޕްރީ-އެސްޓިމޭޓ އޮފް ލޮސް" ޓެސްޓްވަނީ ދޫކޮށްލާފައެވެ. އައު ޓެސްޓަގައި ބަޔާން ކުރަނީ، ކޮންޓްރެކްޓްގއަ ބަޔާނި ކުރް އެމާއްދާއަކީ، ކޮންޓްރެކްޓާ ޚިލާފުނުވާ ފަރާތުގެ އަސާސީ އިލްތިޒާމެއް obligation) (primary ތަންފީޛު ކުރުމުގެ ޤާނޫނީ މަޞްލަޙަތާއި interest) (legitimate ހުރިހާ ގޮތަކުން ނިސްބަތް ކުރާއިރު، proportion) all of (out ކޮންޓްރެކްޓާއި ޚިލާފުވީ ފަރާތުގެ މައްޗަށް ކަނޑައެޅޭ ނުބައްދަލު ގެއްލުންބޮޑު (detriment) ޘާނަވީ އިލްތިޒާމެއް obligation) (secondary ކަމުގައި ވުމެވެ. މިޙާލަތުގައި އެމާއްދާ ޖަޒާއީ ކަމަށްވުމުން ތަންފީޛެއް ނުކުރެވޭނެއެވެ.

34އިގިރޭސިވިލާތުގެ ސުޕްރީމް ކޯޓުގެ މިނިންމުމުން، އނެ ގިގެން ދިޔައީ، ކޮންޓްރެކްޓާއި ޚިލާފުވުމުން ލިބޭ ގެއްލުމަށް ދެވޭ ބަދަލުގެ އިތުރުން ބައެއް ޙާލަތްތަކުގައި ކޮންޓްރެކްޓްގެ ބައިވެރިއަކަށް ކޮންޓްރެކްޓު ތަންފީޛު ކުރުމުގެ "ޤާނޫނީ މަސްލަޙަތެއް" އޮތްކަމަށް ކޯޓުން ޤަބޫލު ކުރާނެ ކަމެވެ. ވީމާ ކޮންމެ މައްސަލައެއް ވަކިވަކިން ބަލައި، ރައްކާތެރި ކުރަން އެދޭ ކަމަކީ، ޤާނޫނީ މަޞްލަޙަތެއްތޯ ދެނެގަތުމުގައި، ހަމައެކަނި ލިބޭނެ ގެއްލުން ވަޒަން ކުރުމުގެ ބަދަލުގައި، އެފަދަ މަސްލަޙަތު ތަކުގެ ތެރޭގައި، ރިޢާޔަތް ކުރެވޭނެ ކަންތައްތަކުގެ ގޮތުގައި، ވިޔަފާރީގެ ރީތި ނަން ކިލަބުވެގެން ދިއުމުގެ އިހުތިމާލުފަދަ، އެވިޔަފާރީއެއް މިހާރު ގޮސްފައި އޮތް ހިސާބުފަދަ، ނޫނީ ފޯރުކޮށްދޭ ޚިދުމަތުގައި ޢާ ންމ މަޞްލަޙަތު އޮތު މިންވަރު އަދި މިނޫންވެސް ޤާނޫނީ Cavendish Square Holding BV v El Makdessi; ParkingEye Ltd v Beavis [2015] UKSC 67. މަޞްލަޙަ ތ ފުޅު ދާއިރާއެއްގައި ވ ޒަންކޮށ ރިޢާޔަތް ކުރުމުގެ ފުރުޞަތު ހުޅުވިގެން ދެއެވެ. އެގޮތުން، އެފަދަ މަސްލަޙަތެއް ރައްކާތެރި ކުރުމުގެ ގޮތުން، އަޅަން މުނާސަބު ފިޔަވަޅަކީ ކޮބާތޯ ކަނޑައެޅިދާނެއެވެ. ހަމައެކަނި، ކޮންޓްރެކްޓާއި ޚިލާފުވުމުގެ ސަބަބުން ލިބޭ ގެއްލުމަށް ބެލުމުގެ ބަދަލުގައި، އެފް ދަ ކޮންޓްރެކްޓަކާއ ޚިލާފުވުމުގެ ސަބަބުންވިޔަފާރީގެ ރީތިނަމާއި އިތުބާރު ކިލަނބުވ ގެއްލިދާނެ ތޯ ބެލުމަކީ ވިޔަފާރިއަށް ވަރަށް މުހިންމު ކަމެކެވެ. މިސާލަކަށް ތެޔޮ ސަޕްލައި ކޮށްދޭ ބަޔަކު، ގަވާއިދުން ތެޔޮ ސަޕްލައި ކޮށްދޭތީ، އެވިޔާފަރިއަށ އޮތް އިތުބާރޭނަގައިދަ ވި ގެއްލުމުގެ ބަދަލަކުން ނުހޯދޭނެއެވެ. މިހާލަތުގެ އ، ކޮންޓްރެކްޓާއ ޚިލާފުވްގެން ތެޔޮ ސަޕްލައި ކުރުން ހުއްޓިއްޖެނަމަ، އެވިޔަފާރީއަށް ލިބިފައިވާ ރީތިނަމާއި އެވިޔަފާރި މިހާރު ގޮސްފައިވާ ހިސާބު އެގޮތުގައި ރައްކާތެރިކުރުމަކީ ކޮންޓްރެކްޓްގައި ހިމެނޭ ޤާނޫނީ މަޞްލަޙަތެވެ. މިޙާލަތުގައ ކޮންޓްރެކްޓްގައިވާ މާއްދާއަކީ ޕެނަލްޓީއެއްތ ނޫންތޯ ކަނޑައެޅުމުގައި މިފަދަ ކަންކަމަށް ރިޢާޔަތް ކޮށް އެއް ޕެނަލްޓީ ކުލޯޒެއް ނޫންކަމުގައި ނިންމި ދާނެއެވެ.

35ޔޫކޭ ސުޕްރީމް ކޯޓުގެ މައްސަލައިގައި އަސާސީ އިލްތިޒާމާއި ސާނަވީ އިލްތިޒާމްއަކީ ކޮބައިކަން ދނެގަތުމުގައެ ފަނޑިޔާރުންނަކަށް އެއްބަސްވެވިފައެއް ނެތެވެ. އަސާސީ އިލްތިޒާމެއްގެ ސިފައިގައި ޖަޒާއީ ކަމެއް ހިމެނިފައި އޮތްކަމަށް ބެލުމުގެ ފުރުޞަތު އެބަ އޮތެއެވެ. އެހެންކަމުން، އެއީ ކުރިމަތިވާނެ އުދަގޫ ކަމެކެވެ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން މިނުކުތާގައި ބަޔާން ކުރަނީ، "މިފަދައިން ކޯޓުން ކަނޑައެޅުމުގައި، ވަކި އިލްތިޒާމަކީ އެއްބަސްވުމުގެ ދަށުން އުފުލަން އޮތް މައި އިލްތިޒާމުކަން (primary obligation) ނުވަތަ އޭގެ ބޭރުން އޮތް ވަކި (secondary obligation) އިލްތިޒާމެއްކަން ކަނޑައެޅުމުގައި، ކޯޓުން ބަލާނީ މާއްދާގެ ސިފަ (form) އަށްވުރެ އޭގެ އޮށްޓަރު (substance) އަށެވެ. މީގެ އިތުރުން، މާއްދާ ލިޔެފައިވާ (drafted/worded) ގޮތަށްވެސް ކޯޓުން ބަލާނެއެވެ."

36އިގިރޭސިވިލާތުން މި އެކަށައެޅި އައު ޓެސްޓް އިގިރޭސ ޤާނޫނި ނިޒާމާ އެއްގޮތް ބައެއް އެހެން ޤައުމުތަކުން ބަލައިގަތުމުގައި ފަސްޖެހެއެވެ. ފުރަތަމަ ސަބަބަކީ، ފަހުން އެކަށައެޅި މިޓެސްޓްގެ އާޚިރު ނަތީޖާއަކީ ކުރިން ޢަމަލުކުރަމުން އައި "ޖެނުއިން-ޕްރީ އެސްޓިމޭޓް ޓެސްޓް" އަށް އިތުރުކުރެވުނު ބޮޅެއް ކަމުގައި ވާތީއެވެ. ދެވަނަ ސަބަބަކީ، ކވެންޑެ ޝި މައްސަލަ ގައި، ކަނޑައެޅި ޓެސްޓަކީ، މާ ފުލެކްސިބަލް ޓެސްޓަކަށް ވުމެވެ. އެޓެސްޓަކީ މާފަސޭހައިން ބަދަލުކުރެވޭ ތަބީޢަތުގެ ޓެސްޓަކަށް ވުމަކީ، އެއްބަސްވުމުގެ ބައިވެރިންނަށް ޔަޤީންކަން ގެއްލޭނެ ކަމެއްކަމުގައި ޤަބޫލު ކުރެވިފައިވެއެވެ. ޚާއްޞަކށޮ ކޮންޓްރެކްޓްގެ ބައިވެރިންނަށް ވަކި ނަތީޖާއެއް ހޯދުމަށް ނޫނީ ކޯޓުމެދުވެރިކޮށް ލިބިގަނެވިދާނެ ފަރުވާއެއް ދެނެގަތުމުގައި ޔަޤީންކަން ކުޑަވެގެން ދެއެވެ. ނަމަވެސް ކެވެންޑިޝްގެ މައްސަލައިގައި ކަނޑައެޅި އުޞޫލަކީ މުޅިން އެއަށް ޢަމަލު ނުކުރެވޭނެ އުޞޫލެއް ނޫނެވެ. މިގޮތުން ކ ވެންޑިޝް ގަޒިއްޔާގައި ކަނޑައެޅި ލެޖިޓިމޭޓް އިންޓަރެސްޓްގެ ތެރގައޭ ހިމެނޭ، ކޮމާޝަލް އިންޓަރެސްޓް، ނުވަތަ އެއްބަސްވުމުގެ ބައިވެރިންނަކީ އެއްބަސްވުން އކެ ށައެޅަ އިރި ތިބި ޙާލަތު؛ އެއްބަސްވުމުގެ އެއްބައިވެރިޔައަކ ޤާނޫނީ ލަފާ ލިބިގެން އެއްބަސްވުމަށް ވަތް މީހެއްކަމުގައި ވާއިރު އަނެއް ފަރާތަކީ ޤާނޫނީ ގޮތުން އެއްވެސް ލަފައެއް ލިބިފައި ނެތް މީހެއްނަމަ މިކަންކަން ބެލެވޭނެއެވެ. ޙަސަން ޢަލީމަނިކު ވ. ޢަޙްމަދު ޖަނާޙް [2021] އެސްސީ 50 މައްސަލައިގެ ރިފަރެ ން ސ 39.

37ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ބަލައިގެންފައިވަނީ ކެވެންޑިޝް މައްސަލައަކީ ޑަންލޮޕް މައްސަލަ އިތުރަށް ތަފްސީލު ކޮށްދޭ މައްސަލައެއްގެ ގޮތުގައެވެ. އެހެންކަމުން ޑަންލޮޕ މައްސަލައިގައް ކަނޑައެޅި ޓެސްޓުން ދިވެހިރާއްޖެއިން ދުރަށް ގޮސްފައެއް ނުވެއެވެ. ޑަންލޮޕ މައްސަލައިގައް އެކަށައެޅި އުޞޫލަކީ؛

37.1. އެއްބަސްވުމެއްގެ ބައިވެރިން އެއްބަސްވުމުގައި ހިމަނާ ބަސްމަގުގައި "ޕެނަލްޓީ" ނޫނީ "ލ ކުއިޑޭޓަޑް ޑެމެޖަސް" ފަދަ ބަސްތައް ބޭނުން ކޮށްފައި އޮތްނަމަވެސް، އެބަސްތަކަކީ ފުރަތަމަ ބަލާބެލުމުން، އެބަސްތަކުގެ ބޭރުފުށުން ފެންނަ މާނައިގައި ބޭނުން ކޮށްފައިވާ ބަސްތަކެއ ކަމުގައް ވިޔަސް އެއީ މުޅިން ނިހާއީ ބަސްމަގެއް ކަމުގައި ނުވެއެވެ. އެހެންވެ، ބޭރުފުށުން އެބަސްތަކަށް ބެލުމުގެ ބަދަލުގައި، އެއްބަސްވުމުގައި ހިމަނާފައިވާ ފައިސާގެ މިންވަރަކީ، ހަމަ ހަޤީޤަތުގައިވެސް ޕެނަލްޓީ އެއްތޯ ނުވަތަ ލިކުއިޑޭޓަޑް ޑެމެޖަސްތޯ ކޯޓުން ބަލަން ޖެހޭނެއެވެ.

37.2. ޕެނަލްޓީގެ އަސާސީ ސިފައަކީ، އެއީ އެއްބަސްވުމާއި ޚިލާފުވާ ފަރާތަށް އިރުހާބީ ގޮތެއްގައި ދެއްކުން ލާޒިމު ކުރާ ފައިސާއެއް ކަމުގައި ވުމެވެ؛ ލިކުއިޑޭޓަޑް ޑެމެޖަސްގެ އަސާސީ ސިފައަކީ، އެއީ ލިބިދާނެ ކަމަށް ބެލެވޭ ގެއްލުމެއްގެ ރނަ ގަޅު އަންދާސީއެއްގެ މައްޗަށް ވެވޭ އަހުދެއ ކަމުގައް ވުމެވެ.

37.3. އެއްބަސްވުމުގައި ހިމަނާފައިވާ ފައިސާއަކީ ޕެނަލްޓީ އެއްތޯ ނުވަތަ ލިކުއިޑޭޓަޑް ޑެމެޖަސްތޯ ކުރެވޭ ސުވާލުގެ ޖަވާބު ބިނާވެގެންދާނީ ކޮންމެ އެއްބަސްވުމެއްގެވެސް އެއެއްބަސްވުމުގެ ޝަރުޠުތަކާއި އެއެއްބަސްވުމަކާއި ގުޅިލާމެހިފައިވާ ޙާލަތްތައް އެއެއްބަސްވުންވ ވަގުތީ ކަނު ހުރް ގޮތުގެ މައްޗަށް ބިނާ ކުރެވިގެންނެވެ. އެއީ އެއްބަސްވުމާއި ޚިލާފުވާ ވަގުތުގެ މައްޗަށް ބިނާ ކުރެވޭ ކަމެއް ނޫނެވެ.

37.4. މިދެންނެވި ގޮތަށް އެއްބަސްވުމުގައިވާ ފައިސާއަކީ ކޮން ބާވަތެއްގެ ފައިސާއެއްތޯ ދެނެގަތުމަށް ތަފާތު ޓެސްޓްތައް ބޭނުން ކުރެވެއެވެ. އޭގެ ތެރޭގައި؛

37.4.1. އެއެއްބަސްވުމާއި ޚިލާފުވުމުގެ ސަބަބުން ކުރިމަތިވެދާނެ ކަމަށް ސާބިތުކޮށްދެވޭނެ އެންމެ ބޮޑު ގެއްލުމާއި އަޅާ ކިޔާއިރު، އެއްބަސްވުމުގައި ހިމެނިފައިވާ ފައިސާއަކީ އަދަޔ ޚިލާފަށާ ބޮޑް ބުއްދި ޤަބޫލު ނުކުރާ މިންވަރެއްނަމަ، އެފައިސާއަކީ ޕެނަލްޓީ އެއްކަމުގައި ނިންމި ދާނެއެވެ.

37.4.2. އެއެއްބަސްވުމާއި ޚިލާފުވުން ބިނާވެގެންވަނީ ހަމައެކަނި ދައްކަންޖެހިފައިވާ ފައިސާއެއް ނުދެއްކުމުގެ މައްޗަށް ކަމަށްވެފައި، އެއްބަސްވުމުގައި ހިމަނާފައިވާ ފައިސާއަކީ ދައްކަންޖެހޭ ފައިސާއަށްވުރެ މާބޮޑު ޢަދަދެއްނަމަ އެއީ ޕެނަލްޓީއެއް ކަމުގައި ނިންމިދާނެއެވެ.

37.4.3. ކުރިމަތިވެދާނެ ކަމަކުން ނުވަތަ އެއަށްވުރެ ގިނަ ކަންތަކަކުނ ނޫން ގިނަ ކަންތައްތަކެއް މެދުވެރިވާއިރު، އެއީ ބައެއް ޙާލަތްތަކުގައި ސީރިއަސް އަނެއްބައި ހާލަތްތަކުގައި ކަމެކޭ ހީނުވާ ޒާތުގެ ގެއްލުންތައް ކުރިމަތި ކުރުވާފާނެ ކަމެއް ކަމުގައިވާއިރު، މިއިން ހަމަ ކޮންމެ ޙާލަތަކާއ ގުޅިގެނި ފައިސާގެ ޖުމްލަ ޢަދަދެއް ދެއްކުމަށް ކަނޑައަޅާފައިވާނަމަ، އެއީ ޕެނަލްޓީއެއް ކަމުގައި ނިންމިދާނެއެވެ.އަނެއްކޮޅުން؛

37.4.4. ކުރިއާލާ ހިސާބުކުރާ ގެއްލުމުގެ މިންވަރު ކަޑައެޅުމަކ ކުރަނީ އުދަގޫ ދަތި ކަމކަށަ ވެފައި، ކުރިމަތިވެދާނެ ގެއްލުން ރަނުން ރަނަށް ހިސާބު ކުރެވިފައި ނުވުމަކީ އެއްބަސްވުމުގައި ހިމަނާފައިވާ Dunlop Pneumatic Tyre Co. Ltd v. New Garage and Motor Co. Ltd [1915] A.C.79 ޙަސަން ޢަލީމަނިކު ވ. ޢަޙްމަދު ޖަނާޙް [2021] އެސްސީ 50 މައްސަލައިގެ ރިފަރެންސް 40. ފައިސާއަކީ ރަގަޅު އަންދާޒާއެއް ކަމަށް ނިންމުމަށް އޮތް ހުރަހެއް ނޫނެވެ. މިއާޚިލާފަށް އެއީޙާލަތ ނިޔާކުރާގޮތުން ދެފަރާތުގެ ދެމެދުގައި ދެކެވުނު ވާހަކައިގެ ރަނގަޅު އަންދާޒާއެއް ކަމުގައި ވާނެއެވެ. މިއެވެ.

38HN5އިންޑިޔާގެ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 74 ވަނަ މާއްދާގައި ބަޔާންވެދިޔަ ކަންކަމަކަށް ޤާނޫނީ ޙައްލެއް ދީފައިވާ ކަމަށް ބެލެވެއެވެ. މިގޮތުން، ކޮންޓްރެކްޓްގައި ބަޔާން ކުރާ ފައިސާގެ މިންވަރަށްވުރެ އިތުރު ނުވާގޮތަށް "އެކަށީގެންވާ ބަދަލެއް" ދިނުމުގެ ފުރުޞަތު އޮވެއެވެ. ސުވާލަކީ، އެއްބަސްވުމުގައި ބަޔާން ކުރާ ފައިސާއަކީ، "ޕެނަލްޓީ ކްލޯޒް" އެއް ގޮތުގައި ވެގެން، ތަންފީޛު ނުކުރެވޭ ގޮތަށް ކަނޑައަޅާނަމަ، އެއްބަސްވުމާއި ޚިލާފުނުވާ ފަރާތަށް ޚާއްޞަކޮށް އެއްބަސްވުމުގައި ބަޔާންކުރާ ފައިސާގެ ޢަދަދަށްވުރެ މާބޮޑު ގެއްލުންވެފައިވ ފަރާތާ ތަކަށް، އަސްލު ލިބުނު ގެއްލުމުގެ ބަދަލު ހޯދި ދާނެ ހެއްޔެވެ؟ ކޮންޓްރެކްޓްގައި ހިމެނޭ ޕެނަލްޓީ ކުލޯޒްގެ އަޘަރަކީ ކޮބައކަނި ބަޔާން ކޮށްދެމުން، ކެވެންޑިޝް ޤަޟިއްޔާގައި ބަޔާން ކޮށްފައިވަނީ، ކޮންޓްރެކްޓާއި ޚިލާފު ނުވާ ފަރާތަށް އޮތް ފަރުވާއަކީ، ޢާންމު ޤާނޫނުގެ ދަށުން ގެއްލުމުގެ ބަދަލު ހޯދުމެވެ. އެހެނީ، ޕެނަލްޓީ ކުލޯޒ ކޯޓުން ތަންފީޛުކޮށް ނުދިންނަމަވެސް، އެއްބަސްވުމުގައިވާ އަސާސީ އިލްތިޒާމާއި ޚިލާފުވުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ކޮމަންލޯ އުޞޫލުން ނަގައިދިނުމެވެ. ދިވެހިރާއްޖޭގައި މިޙާލަތުގައި ނަގައިދެވޭނީ ކޮންޓްރެކްޓާބެހޭ ޤާނޫނުގާ 23 ވަނަ މާއްދާގެ ދަށުން ގެއްލުމުގެ ބަދަލެވެ. ސަބަބަކީ، ދިވެހިރާއްޖޭގެ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގައި ބަޔާން ކުރާ އުޞޫލަކީ ކޮމަންލޯގެ އުޞޫލު ކަމަށް ވާތީއެވެ. Scandinavian Trading Tanker Co AB v Flota Petrolera Ecuatoriana (The “Scaptrade”) [1983] 2 AC 694 ރަމްޒީ ބަދަލު (nominal damages):

39ކޮންޓްރެކްޓެއްގެ ބައިވެރިޔަކު އެ ކޮންޓްރެކްޓަކާ ޚިލާފު ޢަމަލެއް ކޮށްފިނަމަ، އެޢަމަލެއ ކުރުމުން ލިބުނު ގެއްލުމަކަށް އެޢަމަލުކުރި މީހަކު، ބަދަލު ދޭންޖެހު ނ ނަމަވެސް ވ ގެއްލުނީ ސާބިތް ނުކޮށްދެވޭނަމަ، ބަދަލު ހޯދުމަށް ކުރި ދަޢުވާ ކާމިޔާބެއް ނުވާނެއެވެ. ނަމަވެސް، ކޮންޓްރެކްޓްގެ އަނެއްބައިވެރިޔާ އެކޮންޓްރެކްޓާއި ޚިލާފުވެއްޖެކަނ ދަޢުވް ކުރާފަރާތަށް ސާބިތުކޮށްދެވިއްޖެނަމަ، ހަމައެކަނި ރަމްޒީ ބަދަލެއް (nominal damages) އޭނާއަށް ކޯޓުން ލިބި ދެވިދާނެއެވެ. މިގޮތުން، ކޮންޓްރެކްޓާއި ޚިލާފުވުމުގެ ހުރިހާ މައްސަލަތަކެއްގައިވެސް ރަމްޒީ ބަދަލެއް ނަގައި ދެވިދާނެއެވެ. ޢާންމު ގޮތެއްގައި އެއީ ކޮންޓްރެކްޓާއި ޚިލާފުވީތޯ ނަގައިދީ ފައިސާގެ ރަމްޒީ ޢަދަދެކެވެ. ފައސި ދެއްކުނު ލަސްވުމުގެ ފީ (late payment fee):

40HN6ހުށަހެޅިފައިވާ އިސްތިއުނާފީ މައްސަލައަށް ބަލާއިރު، އިސްތިއުނާފު ރައް ދުވާ ފަރާތުން، އިސްތިއުނާފު ކުރާ ފަރާތުގެ އަތުން ޖޫރިމަނާގެ ފައިސާގެ ގޮތުގައި ފައިސާ ނެގޭނެކަމަށް ބުނެ ޙަވާލާދީފައިވަނީ، މިދެފަރާތުގެ ދެމެދު ވެފައިވާ އެއްބަސްވުމުގެ 8 ވަނަ ނަންބަރުގެ (d) އަދި (h) އަށެވެ. އެ ދެ މާއްދާގައި ބުނަނީ، (d) The customer shall report any discrepancies to the supplier in writing and within 48 hours of receipt of the invoice. (h) A late payment fee of 2% of total invoice value for each day of delay. މިފަދައިންނެވެ.ފައިސާ ދެއްކުން ލަސްވުމުގެ ސަބަބުން ނެގުމަކަށް އެއްބަސްވުމުގައި ބަޔާން ކުރާ ފީ ނުވަތަ ލޭޓް ޕޭމަންޓް ފީ އަކީ،ފުރަތަމަ ނަޒަރުން މުޠްލަޤަށް، ޕެނަލްޓީ އެއްގެ ގޮތުގައި، ނުވަތަ ޙަޤީޤީ ނުވަތަ ސީދާ ގެއްލުމެއްގެ ރނަ ގަޅު އަންދާޒާއެއް ކަމުގައި ނުވާ އާދަޔާ ޚިލާފަށް ބޮޑު، ތަޢައްސުފީ ގޮތުން ނެނގޭ " ކޮންމެ ޚިލާފަކާ ގުޅިގެންވެސް ދައުވާކުރާ ފަރާތަށް ރަމްޒީ ބަދަލެއް ލިބޭނެއެވެ." ދައުލަތް ވ. ވިލާ އެއަރ ޕވޓ ލޓޑ [2021] އެސްސީ 52. އެއްޗެއްކަމަށް ކޯޓުން ކަނޑައަޅާނަމަ، ވިޔަފާރީގެ އެއްބަސްވުންތަކަށް ނުހަނު ބޮޑެތި ގެއްލުންތަކާއި ކުރިމަތި ލާނޖެހުމުގެ ފުރުޞަތު އޮންނާނެއެވެ. އެހެނީ، އެއީ ޢާންމުކޮށް، ވަރަށް ގިނަ ބިލްތަކުގައި ނުވަތަ އިންވޮއިސްތަކުގައި ހިމެނިފައި އޮންނަ ވިޔަފާރީގެ ގުޅުންތަކާއި ލާމެހިފައިވާ ކަމަކަށްވާތީއެވެ. އެހެންކަމުން ބައެއް އެހެން ޖޫރިސްޑިކްޝަންތަކުގައި ލޭޓް ޕޭމަންޓް ފީ އަކީ އޭގެ ޒާތުގައި ތަޢައްސުފީ ގޮތުން ނެގޭ އެއްޗެއް ކަމުގައި ބަލައެއް ނުގަނެއެވެ. ވީމާ، ކޮންޓްރެކްޓާއި ޚިލާފުވާ ޙާލަތުގައި ކޮންޓްރެކްޓްގެ އަނެއް ބައިވެރިޔާއަށް ނަގައިދިނުމަށް ކޮންޓްރެކްޓްގައި ހިމަނާފައިވާ ފައިސާއަކީ ކިހިނަކުނ ކޮން ބޭނުމަކު ނަގައިދޭ ފައިސާއެއްކަން ކޮންމެ މައްސަލައެއްވެސް ވަކިން ދެނެގަންނަން ޖެހޭނެކަމަށް ދެކެމެވެ. ބަޔާންވެދިޔަ އުޞޫލުތައް ހުށަހެޅިފައިވާ މައްސަލައާއި ގުޅުވާލުން:

41ހުށަހެޅިފައިވާ އިސްތިއުނާފީ މައްސަލަ ގައި ބަޔާން ކުރާ % 2 ގެ ލޭޓް ޕޭމަންޓް ފީއަކީ، އިސްތިއުނާފ ކުރު ފަރާތާއި އިސްތިއުނާފު ރައްދުވާ ފަރާތާއި ދެމެދު އެއްބަސްވުން ވެވުނު އިރު، އެއްބަސްވުމުގައި ހިމެނިފައިވާ ފައިސާއެއް ކަމަށްވާތީ، އެފައިސާއަކީ ކޮންޓްރެކްޓާބެހޭ ޤާނޫނުގާ 23 ވަނަ މާއްދާގެ (ށ) ގައި ހިމެނޭ ދެ ބާވަތުން ކުރެ ބާވަތެއްގެ ގެއްލުމުގެ ބަދަލާއި ގުޅުމެއް އޮތް ފައިސާއެއް ކަމަކަށް އަހުރެން ނުދެކެމެވެ. އެހެންކަމުން، އިސްތިއުނާފު ކުރާ ފަރާތުން ކޮންޓްރެކްޓާބެހޭ ޤާނޫނުގާ 23 ވަނަ މާއްދާގެ (ށ) އާ ގުޅުވައި ދެއްކި ވާހަކަތަކަކީ އިސްތިއުނާފު ކުރެވިފައިވާ މައްސަލައާއި ގުޅުމެއް ހުރި ވާހަކަ ތަކެއް ނޫނެވެ.

42އިސްތިއުނާފު ކުރާ ފަރާތުން، ބަޔާން ކުރި ގޮތަކަށް މިފައިސާއަކީ ލިކުއިޑޭޓަޑް ޑެމޭޖަސްގެ ގޮތުގައި، ނޫނެ އަދަބެއްގެ ގޮތުން ނުވަތަ ޕެނަލްޓީއެއްގ ގޮތުގައެ ހިމަނާފައިވާ ފައިސާއެއްތޯ ބަލާއިރު، މިއީ، ކޮންޓްރެކްޓްގައި Paciocco v Australia and New Zealand Banking Group Limited [2016] HCA 28 ބަޔާނާ ކުރް އަސާސާ އިލްތިޒާމް ތަންފީޛު ކުރުމުގައިއިސްތިއުނީފ ރައްދުވު ފަރާތަށް ލިބެވޭނ ޤާނޫނެ މަޞްލަޙަތާއި ޣައިރު މުނާސިބުކޮށ އެކަން ތަންފީޛުކުރުމުގެ ގޮތުން ކޮންޓްރެކްޓާއި ޚިލާފުވި އިސްތިއުނާފ ކުރި ފަރާތަށް ގެއްލުންވާ ގޮތަށް އޭނާގެ މައްޗަށް ލާޒިމު ކުރެވޭ ޘާނަވީ އިލްތިޒާމެއްތޯ ބަލާއިރު، މއ ކޮންޓްރެކްޓްގެ ދަށަށް އަދާކުރަންޖެހޭ އަސާސީ އިލްތިޒާމް ކަމުގައިވާ ސަޕްލައި ކޮށްދޭ ތެލަށް ދައްކަންޖެހޭ ފައިސާގެ ބޭރުން އެކަށައަޅާ އިލްތިޒާމެކެވެ. އަދި ހަމް އެހެންމެ، އިންވޮއިސްގައި ހިމެނޭ ޖުމްލަ ފައިސާއިން %2 ލޭޓް ޕޭމަންޓް ފީ ގެ ގޮތުގައި ހިމަނާފައިވަނީ ޙަޤީޤަތުގައިވެސް ކުރިމތިވެދާނ ގެއްލުމެއްގެ އެކަށީގެންވަ އަންދާޒާއެއް ކުރެވިގެން ކަމެއް އިސްތިއުނާފު ރައްދުވާ ފަރާތަށް ބަޔާން ކޮށްދެވިފައެއް ނެތެވެ. މިއާޚިލާފަށެ އިސްތިއުނާފު ރައްދުވާ ފަރާތުން ވާހަކަ ދައްކާފައިވަނީ އެއްބަސްވުމުގައި އެފަދައިން ހިމެނިފައި އޮތުމުގެ ސަބަބުން ކޯޓުން ތަންފީޛުކޮށް ނަގައިދެވެންޖެހޭ އެއްޗެއްގެ ގޮތުގައެވެ. މިޙާލަތުގައި މިއީ "ލޭޓް ޕޭމަންޓް ފީ" ގެ ނަންދީފައި އޮތްނަމަވެސް، ކޮންޓްރެކްޓާއި އެއްގޮތަށް ސަޕްލައިކޮށްދޭ ތެލަށ ފައިސް ދެއްކުން ލަސްވުމުން އެކަމުގެ އަދަބެއްގެ ގޮތުން ޣައިރު މުނާސިބު ގޮތަކަށް، އަދި އާދަޔާ ޚިލާފަށް ބޮޑުކޮށް ކޮންޓްރެކްޓްގައި ހިމަނާފައިވާ ފައިސާގެ މިންވަރެއްކަނ ހިސާބުތަކަށް ބެލުމުން އެނގެން އޮވެއެވެ. އެހެނީ، އެއްބަސްވުމުގެ ދަށުން ފަހަރަކު ތެޔޮ ގަންނަންޖެހޭ މިންވަރާއި ތެލުގެ އަގާއި، އިންވޮއިސް ކުރެވޭ އަގާއި މިކަންކަމުގެ މައްޗަށް އަޅާބަލާއިރު، ލޭޓް ޕޭމަންޓް ފީގެ ގޮތުގައި ދުވާލަކަށް ގާތްގަޑަކަށް 8،820.00ރ (އަށހާސް އަށްސަތޭކަ އޮނަވިހި ރުފިޔާ) އަރަމުން ދެއެވެ. އެހެންކަމުން، މިއީ ލިކުއިޑޭޓަޑް ޑެމެ ޖަސްގ ގޮތުގައެ ބެލެވޭނެ ހަމައެއް ނެތެވެ. އިސްތިއުނާފު ކުރާ ފަރާތުގެ ކައުންޓަ ކުލެއިމް:

43HN7މީގެ އިތުރުން، އިސްތިއުނާފު ކުރާ ފަރާތުން، ދަށު ކޯޓުގައިވެސް އަދި މިކޯޓުގައިވެސް ފާހަގަ ކޮށްފައިވާ ގޮތުން، އިސްތިއުނާފު ކުރާ ފަރާތާއި އިސްތިއުނާފު ރައްދުވާ ފަރާތާއި ދެމެދު ވެފައިވާ އެއްބަސްވުމާއި ފުރަތަމަ ޚިލާފުވީ އިސްތިއުނާފު ރައްދުވާ ފަރާތުންނެވެ. މިކަމ އިމެދު އިސްތިއުނާފާ ރައްދުވު ފަރާތުން ދަށު ކޯޓުގައި ޖަވާބުދާރީ ވެފައެއް ނެތެވެ. އަދި މި ޖަދަލަކީ ދަށު ކޯޓުން ޙުކުމާއި ހަމައަށް ވާސިލުވިއިރުވެސް ފައިސަލާކޮށް އެކަމުގެ ޙަޤީޤަތް ދެނެގަންފައ ނުވި ކަމެކެވެ. މިޙަޤީޤަތ ދަށް ކޯޓުނު ދެނެގަތްނަމަ، މިމައްސަލައިގައި ދަށު ކޯޓުން ކުރި ޙުކުމަށް އަސަރު ކުރުމުގެ އިހުތިމާލު އެބަ އޮތެވެ. ކޮންޓްރެކްޓާއި ޚިލާފުވި ކަމަށް ބުނާ ފަރާތާއި ކޮންޓްރެކްޓާއި ޚިލާފު ނުވާކަމަށް ބުނާ ފަރާތުގެ މަސްލަޙަތު ތަކެއް އޮވެއެވެ. އެހެންކަމުން ގެއްލުމުގެ ބަދަލު ނަގައިދިނުމުގައި މިކަމކީވެސ ފަނޑިޔާރުން ވިސްނަންޖެހޭ ކަމެވެ. ދެފަރާތުން ކޮންޓްރެކްޓާއި ޚިލާފުވެފައިވާ ޙާލަތުގައި ބަލަންޖެހޭނީ ކޮންޓްރެކްޓާ ޚިލާފުވުމުގެ ޢަމަލުތައް ހިނގާފައިވާ ގޮތުގެ އިސްފަސް ތަރުތީބަށެވެ. އެހެންކަމުން، ދަށުކޯޓުން މިނުކުތާ ނުބަލާ ޙުކުމާއި ހަމައަށް ވާޞިލުވުން ޢަދުލުވެރިކަމާއި ގާތެއް ނޫނެވެ.

44ކްރެޑިޓް ފެސިލިޓީގެ މުއްދަތު ހަމަވުމުގެ ކުރިން، އެއްބަސްވުމުގެ ދަށުން ސަޕްލައިކޮށްދޭ ތެޔޮ ސަޕްލައިކުރުން އިސްތިއުނާފު ރައްދުވާ ފަރާތުން ހުއްޓާލިނަމަ، އިސްތިއުނާފު ކުރާ ފަރާތުގެ ވިޔަފާރިއަށް އޭނާ ބަޔާންކުރިފަދަ ލޮޅުންތައް އައުމުގެ ފުރުޞަތު އިންތިހާއަށް އެބަ އޮތެވެ. ތެޔޮ ސަޕްލައި ކުރުން ހުއްޓާލިކަމަށް އިސްތިއުނާފު ކުރާފަރާތުން ދަށު ކޯޓުގައި ތަކުރާރުކޮށް ބުނަމުން ދިޔައި ރ، ސީދާ އެކަމަށް އިސްތިއުނާފު ރައްދުވާ ފަރާތް އިންކާރުކޮށް ވާހަކަ ދައްކާފައެއް ނެތެވެ. ވީމާ، އެއްބަސްވުމުގައި ބަޔާންކުރާ ލޭޓް ޕޭމަންޓް ދައުލަތް ވ. ވިލާ އެއަރ ޕވޓ ލޓޑ [2021] އެސްސީ 52. ދައުލަތް ވ. ވިލާ އެއަރ ޕވޓ ލޓޑ [2021] އެސްސީ 52. ފީގެ ޙާލަތު އުފަންކުރުވާ ސަބަބެއްކަމުގައި ތެޔޮ ސަޕްލައިކުރުނ ހުއްޓާލުން ހިމެނުމުގެ ފުރުޞަތު އެބަ އޮތެވެ. މިފަދަ ޙާލަތެއްގައި ދެފަރާތުގެ ދެމެދުގައި އޮތް އެއްބަސްވުމުގެ ދެ ށުނ ލޭޓް ޕޭމަންޓް ފީ ނަގައި ދިނުމަށް އޮތް ނުކުތާއަށް ހަމައެކަނި ރިޢާޔަތް ކުރުމަކީ އަމިއްލައަށް އެޙާލަތު ކުރިމަތި ކުރުވުމަށްފަހު އެކަމުގެ މަންފާ ހޯދުމަށް ދެވޭ ފުރުޞަތަކަށް ވާނެއެވެ.

45ބަޔާންވެދިޔަ ސަބަބުތައް އެހެން ހުރުމުން އިސްތިއުނާފު ކުރި ފަރާތުގެ އިސްތިއުނާފު ހުއްދަކޮށް ދަށު ކޯޓުގް ނިންމުން ބާޠިލު ކުރުމާއިއެކު އިސްތިއުނާފު ކުރާ ފަރާތުގެ ރައްދުގެ ދަޢުވާ ބެލުމާއިއެކު، އިސްތިއުނާފު ރައްދުވާ ފަރާތަށް އަސްލު ލިބުނުގެއްލުން ބަލައި ދަށު ކޯޓުން ފައިޞަލާކުރަނިވި ޙުކުމެއް ކުރުމަށް މިމައްސަލަ ދަށު ކޯޓަށް ތަހުވީލު ކުރަންޖެހޭ ކަމަށް އަހުރެންނަށް ބުރަވެއެވެ.  ޙުކުމް: ދެންފަހެ، އިސްވެދިޔަ ސަބަބުތައް އެފަދައިން ހުރުމުން ސިވިލް ކޯޓުގެ ނަންބަރު 88/Cv-C/2017 ޤަޟިއްޔާގެ ޙުކުމުގައި ވިއްސަ އިންވެސްޓްމަންޓް ([…] / އިބްރާހިމް ޢުމަރު) ގެ ފަރާތުން ގްރީން ބޮކްސް ޕްރައިވެޓް ލިމިޓެޑަށް ދައްކަންޖެހި އަދާނުކޮށްވާ ފައިސާގެ ޢަދަދަކީ -891,780/ރ. (އަށްލައްކަ ނުވަދިހަ އެއްހާސް ހަތްސަތޭކަ އަށްޑިހަ ރުފިޔާ) ކަން މަދަނީ މިންގަނޑުތަކުން ޝަރީޢަތަށް ސާބިތުވާކަމަށަ ކަނޑައަޅައި ކޮށްފައިވާ ޙުކުމް ބާތިލުކޮށް، މި ދެފަރާތުގެ ދެމެދުގައި ވެވުނު އެއްބަސްވުމުގެ ދަށުން ވެވުނު މި މައްސަލައިގައި ޙަވާލާދެވުނު މުޢާމަލާތާއި ގުޅިގެން ވިއްސަ އިންވެސްޓްމަންޓް (އިބްރާހިމް ޢުމަރު) ގެ ފަރާތުން ގްރީން ބޮކްސް ޕްރައިވެޓް ލިމިޓެޑަށް މިހާތަނަށް ދައްކަންޖެހި ނުދައްކާވާ ފައިސާގެ ޢަދަދަކީ، 000،39ރ. (ތިރީސ ނުވަހާސް ރުފިޔާ) ކަން ޝަރީޢަތަށް ސާބިތުވާކަމަށް ކަނޑައަޅައި، މި ފައިސާ ގްރީން ބޮކްސް

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

ޝަރީޢަތުގެ ވީޑިއޯ

މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.

ޝެއަރ ކުރައްވާ