ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
2018/HC-A/367

ޔޮޓް ޓުއަރސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ވ. މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ

ނިންމުން ލިޔުމުގައި ނެތް (ލިޔުން ކެނޑިފައި)
ސުޕްރީމް ކޯޓަށް އިސްތިއުނާފުކޮށްފައި ނުވޭ · ރަޖިސްޓްރީ ބެލީ 15 އޮކްޓޫބަރު 2026ޙުކުމުގެ ހާލަތު
ހައިކޯޓު · 23 ފެބުރުއަރީ 2022ދަށު ކޯޓު: ސިވިލް ކޯޓު 1213/Cv-C/2017ބާވަތް: މަދަނީ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
ސިވިލް ކޯޓު 1213/Cv-C/2017
ފަހުގެ ތާރީޚު
ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް

ކޯ ޓާމްސް

ޚުލާޞާ

ކޯޓުން ނިންމަން ޖެހުނު ސުވާލު
ޓޫރިޒަމް ޤާނޫނުގެ ދަށުން ކުއްޔަށްދިން ރަށާއި ފިނޮޅުގެ ކުއްޔާއި ޖޫރިމަނާ ދައުލަތަށް ދެއްކުމަށް ކުރި ޙުކުމުގެ އިސްތިއުނާފުގައި، އެޓަރނީ ޖެނެރަލްގެ އޮފީހުގެ ހައިސިއްޔަތާއި، ދަށުކޯޓުގައި ނުފާހަގަކުރާ އައު ނުކުތާ ހައިކޯޓުގައި ބަލައިގަނެވޭތޯއާއި، ލީސް އެގްރީމަންޓާއި ޤަވާޢިދުގައިވާ 0.5% ޖޫރިމަނާގެ މިންވަރު ޢަދުލުވެރި ނޫން ކަމަށް ބުނެ ސުވާލު އުފެއްދޭތޯ.

ނިންމުން

ނިންމުން ލިޔުމުގައި ނެތް (ލިޔުން ކެނޑިފައި)

ނިންމުން ލިޔުމުގައި ނެތް (ލިޔުން ކެނޑިފައި)؛ ފެންނަން ހުރި ތަޙުލީލުގައި އިސްތިއުނާފީ ނުކުތާތައް ރުޅިގަނެފައި

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

HN1 ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނަށް 3 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނުގެ 50 ވަނަ މާއްދާގެ (ބ) ގެ ދަށުން، ޓެކްސް ފިޔަވައި ދައުލަތަށް ލިބެންޖެހި ނުލިބިވާ ފައިސާ ޝަރީޢަތް މެދުވެރިކޮށް ހޯދުމުގެ އިޚްތިޔާރު ބަންޑާރަ ނައިބަށް ލިބިގެންވާ ކަމުން، އެފަދަ މައްސަލައެއްގެ އިސްތިއުނާފު މަރުޙަލާގައި ކޯޓަށް ޙާޟިރުވުމުގެ ހައިސިއްޔަތު ބަންޑާރަ ނައިބަށް ލިބިގެންވެއެވެ.

HN2 އިސްތިއުނާފުކުރި ފަރާތުން ވަކި ނުކުތާތަކެއްގައި މަޞްލަޙަތު ދެމިނުއޮންނަ ކަމަށް ބުނެފިނަމަ، އެ ނުކުތާތަކާމެދު ޝަރީޢަތުން ގޮތެއް ކަނޑައަޅަން ނުޖެހެއެވެ.

HN3 ކޯޓުތަކާބެހޭ ޤާނޫނުގެ 32 ވަނަ މާއްދާގެ ދަށުން ހައިކޯޓުން މައްސަލަ ބަލާނީ ދަށުކޯޓުގައި ހުށަހެޅި ހެކިތަކާއި ދިފާޢުތައް އަސާސްކޮށްގެންނެވެ؛ އިސްތިއުނާފީ ކޯޓުގެ ދައުރަކީ ދަށުކޯޓުގެ ޙުކުމުގައި ނުވަތަ ޝަރީޢަތް ހިންގުމުގައި ހެދިފައިވާ ގޯހެއް ރަނގަޅުކުރުން ކަމުން، ދަށު މަރުޙަލާގައި ފާހަގަނުކުރާ ޚުޞޫމާތާމެދު ފައިސަލާކުރުމަކީ އިސްތިއުނާފީ ކޯޓުގެ ދައުރެއް ނޫނެވެ؛ އެހެންކަމުން ދަށުކޯޓުގައި ނުހުށަހަޅާ އައު ނުކުތާތައް ބަލައެއް ނުގަނެވޭނެއެވެ.

HN4 ޤާނޫނުން ލިބިދޭ ބާރުގެ ދަށުން ރަށްރަށް ކުއްޔަށްދޭ ޓޫރިޒަމް މިނިސްޓްރީވެސް ރަށްރަށް ކުއްޔަށްދިނުމަށް ކަނޑައެޅިފައިވާ ޤާނޫނީ އުޞޫލުތަކަށް ތަބާވާންޖެހެއެވެ؛ ޤަވާޢިދުގައިވާ ޖޫރިމަނާގެ މިންވަރު އެއްބަސްވުމުގައި ހިމަނާފައިވާއިރު، ޤަވާޢިދުގެ މިންވަރަކީ ޢަދުލުވެރި ނޫން މިންވަރެއް ކަމަށް ކަނޑައަޅާފައިވާކަން ނޭނގޭ ކަމަށް ކޯޓުން ފާހަގަކޮށްފައިވެއެވެ.

ޕެރ. 34؛ މި ނުކުތާގެ ނިންމުން ލިޔުމުގައި ނެތްމި އުޞޫލާ ވައްތަރު އުޞޫލުތައްSaeed Lex ގައި

ވަކީލުންނާއި ފަނޑިޔާރުން

ވަކީލުން
—
ބެންޗު
ޙަސަން ޝަފީޢު، ޢަލީ ސަމީރު، ފާޠިމަތު ފަރްހީޒާ
ރިޔާސަތު
—
ރައުޔު ލިޔުނު ފަނޑިޔާރު
ޙަސަން ޝަފީޢު · ތާއީދުކުރެއްވީ: ޢަލީ ސަމީރު، ފާޠިމަތު ފަރްހީޒާ
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.

ފަނޑިޔާރު ޙސަނަ ޝަފީޢުގެ ރައުޔު (މި ރައުޔަށް ފަނޑިޔާރު ޢަލީ ސަމީރު އާއި ފަނޑިޔާރު ފާޠިމަތު ފަރްހީޒާ

ތާއީދުކުރެއެވެ. )

ތަޢާރުފު

1މިއީ، ސިވިލް ކޯޓްގެ ނަންބަރު 7C/201-Cv/1213 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް އެދި ޔޮޓް ޓުއަރސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ. މި ޤަޟިއްޔާގައި އިސްތިއުނާފރައްދުވާ ފަރާތު ކ، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއެވެ.

ކަންހިނގާފައިވާ ގޮތް

2ޤާނޫނު ނަންބަރު 99/2 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު) ގެ ދަށުން ހއ.ބީނާފުށި އެވެކިޔާ ރަށާއި، އަދި އެރަށް ކައިރީގައިވާ ކަނޑާލި ފިނޮޅު އެވެކިޔާ ސޭންޑް ބޭންކް 21 (އެކާވީސް) އަހަރަ ށ، ކުއްޔަށް ދިނުމަށްޓަކައި، މިނިސްޓްރީ އޮފް ޓޫރިޒަމް އާރޓްސ އެންޑް ކަލްޗަރ އާއި ޔޮޓް ޓުއަރސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް (ޔޮޓް ޓުއަރސް) އާ ދެމެދު ލީސް އެގްރިމަންޓް ފޯރާ ދަ އައިލަންޑް އޮފް ބީނާފުށި އިން ތިލަދުންމަތީ އުތުރުބުރީ އެޓޯލް (ލީސް އެގްރީމަންޓް) ގައި 22 އޮކްޓޫބރަ 2013 ގައި ސޮއި ކުރެވިފައިވެއެވެ.

3ނަމަވެސް ލީސް އެގްރީމަންޓްގެ 20 ވަނަ މާއްދާގެ )a( އާ މެދު ދެފަރާތުގެ މެދުގައި ޚިލާފު އުފެދި، ދައުލަތަށް ދައްކަންޖެހޭ ކުއްޔާއި ޖޫރިމަނާ ދަޢުވާލިބޭ ފަރާތުން ނުދައްކައިގެން، މިނިސްޓްރީ އޮފް ޓޫރިޒަމްގެ ނަންބަރު 16/1926LS/PRIV/20-88 (2 އޮގަސްޓް 2016) ސިޓީއިން، ސަރުކާރުން ވަނީ ލީސް އެގްރިމންޓަ 2 އޮގަސްޓް 2016 ގައި ބާޠިލކޮށްފައިވެއެވެ. އަދި، ލީސު އެގްރިމަންޓް ސަރުކާރުން ބާޠިލުކޮށްފައވަނި ރަޖިސްޓްރީ ނަންބަރު 0135/1995-C ޤާނޫނު ނަންބަރު 2010/3 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) އަށް 16 ޑިސެންބަރު 2021 ގައި އިޞްލާޙް ގެނެވިފައިވާތީ މި ޤަޟިއްޔާގެ ޝަރީޢަތް ކުރިއަށް ގެންދެވިފައިވަނީ ދިވެހި ދައުލަތް (އެޓަރނީ ޖެނެރަލްގެ އޮފީސް) ގެ ޙާޟިރުގައެވެ. ރަނގަޅަށްކަމަށް ސިވިލް ކޯޓުގެ ނަންބަރު C/2016-Cv/2093 ޤަޟިއްޔާއިން 27 ޑިސެންބަރު 2016 ގައި ޙުކުމްކޮށްފައިވެއެވެ.

4އިސްވެ ޙަވާލާދެވިފައިވާ ލީސް އެގްރިމަންޓްގެ 14 ވަނަ މާއްދާގެ )a( ގެ ދަށުން، ހއ.ބީނާފުށި އަދި ކަނޑާލިފިނޮޅުގެ ކުލި ހިސާބުކުރާނީ ކޮންމެ އަކަމީޓަރަކަށް US$ 4 (ހަތަރު ޑޮލަރު) ކަމަށް ބަލައިގެންކަމަށު ބަޔާންކޮށްފައިވާއިރު، އެ މާއްދާގެ )b( ގެ ދަށުން، އެ އަހަރަކަށް ދެއްކުމަށް ކަނޑައެޅިފައިވާ ކުލި ދައްކަންޖެހޭނީ ކުއާޓަރުތަކަކަށ ބަހާލައިގެން އެ ކުއާޓަރެއް ފެށުމުގެ ކުރިންކަނ އެނގެން އޮވެއެވެ. އަދި، އެ މާއްދާގެ )c( ގައި، ކުލި ދައްކަންޖެހޭ ތާރީޚަށް ކުލި ނުދައްކައިފިނަމަ، ނުވަތަ ހަމައަށް ކުލި ނުދައްކައިފިނަމަ، ނުދައްކާ އޮތް ކުލި ސަރުކާރަށް ދއްކުމެ ހަމައަށް ހިނގާ ކޮންމެ ދުވަހަކަށް ނުދައްކާ އޮތް ކުލީގެ %0.5 (ސުމެއ ޕޮއިންޓް ފަހެއް އިންސައްތަ) ޖޫރިމަނާގެ ގޮތުގައި ދައްކަންޖެހޭނެކަމަށް ބަޔާންކޮށްފައިވެއެވެ.

5އެގޮތުން، ހއ.ބީނާފުށ އަދި ކަނޑާލިފިނޮޅުގ ބިމުގެ ބޮޑުމިނަކީ 60,053 (ފަސްދޮޅަސ ހާސް ފަންސާސް ތިނެއް) އަކަމީޓަރ ކަމަށު ވީހިނދު، 22 އޮކްޓޫބަރު 2013 އިން ފެށިގެން ހއ.ބީނާފުށި އަދި ކަނޑލިފިނޮޅުގެ ކުއްޔަކީ މީލާދީ އަހަރަކަށް US$ 240,212 (ދެ ލައްކަ ސާޅީސް ހ ސ ދުއިސައްތަ ބާރަ ޑޮލަރު) ކަމާއި، އެ ތާރީޚުން ފެށިގެން ހއ.ބީނާފުށ އަދި ކަނޑާލިފިނޮޅުގ ކުލީގެ ގޮތުގައި 2 އޮގަސްޓް 2016 ގެ ނިޔަލަށް US$ 668,973.97 (ހ ލައްކަ ފަސްދޮޅަސް އަށް ހާސް ނުވަ ސަތޭކަ ހަތްދިހަ ތިން ޑޮލަރު ނުވަދިހަ ހަތެއް ސެންޓް) ދައްކަންޖެހޭކަން ދައުލަތުން ފާހަގަކޮށްފައިވެއެވެ.

6އިސްވެ ދެންނެވުނު ފަދައިން، ލީސް އެގްރީމަންޓްގެ 14 ވަނަ މާއްދާގެ )c( ގައި އަދި ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނުގެ ދަށުން އެކުލަވާލެވިފައިވާ ޓޫރިސްޓް ރިސޯޓާއި ޓޫރިސްޓް ހޮޓަލާއި ޓޫރިސްޓް ގެސްޓްހައުސް ހެދުމަށް ކުއްޔަށްދޭ ރަށްރަށާއި ބިންބިމުގެ ކުލި ސަރުކާރަށް ދެއްކުމާބެހޭ ގަވާއިދުގެ 5 ވަނަ މާއްދާގެ (އ) ގެ ދަށުން، ކުލި ދައްކަންޖެހޭ ތާރީޚަށް ކުލި ނުދައްކައިފިނަމަ، ނުވަތަ ހަމައަށް ކުލި ނުދައްކައިފިނަމަ، ނުދައްކާ އޮތް ކުލި ސަރުކާރަށް ދެއްކުމާ ހަމަ އަށް ހިނގާ ކޮންމެ ދުވަހަކަށް ނުދައްކާ އޮތް ކުލީގެ %0.5 (ސުމެއ ޕޮއިންޓް ފަހެއް އިންސައްތަ) ޖޫރިމަނާގެ ގޮތުގައި ދައްކަންޖެހޭނެކަމަށް ބަޔާންކޮށްފައިވާއިރު، 22 އޮކްޓޫބަރު 2013 އިން ފެށިގެން، ކުލި ދައްކަންޖެހޭ ތާރީޚުގައި ކުލި ދައްކާފައި ނުވާތީ، ޖޫރިމަނާގެ ގޮތގައު US$ 2,390,669.65 (ދެ މިލިއަން ތިން ލައްކަ ނުވަދިހަ ހާސް ހަ ސަތޭކަ ފަސްދޮޅަސް ނުވަ ޑޮލަރު ފަސްދޮޅަސް ފަސް ސެންޓް) ދައްކަންޖެހޭކަން ދައުލަތުން ފާހަގަކޮށްފައިވެއެވެ.

7ވުމާއެކު، ހއ.ބީނާފުށ އަދި ކަނޑާލިފިނޮޅުގެ ކ އްޔާއ ކުލި ދައްކަންޖެހި ތާރީޚގައު ދައްކާފައި ނުވާތީ އަރާފައިވާ ޖޫރިމަނާގެ ގޮތުގައި ޖުމްލަ US$ 3,059,643.62 (ތިން މިލިއަން ފަންސާސް ނުވް ހާސް ހަ ސަތޭކަ ސާޅީސް ތިން ޑޮލަރު ފަސްދޮޅަސް ދެ ސެންޓް) ދަޢުވާލިބޭ ފަރާތުން ދައުލަތަށް ދައްކަންޖެހކަނޭ ދައުލަތުން ފާހަގަކޮށްފައިވެއެވެ.

8އަދި، ހއ.ބީނާފުށި އަދި ކަނޑާލިފިނޮޅުގެ ލީސް އެގްރިމަންޓްގެ ދަށުން ދަޢުވާލިބޭ ފަރާތުން ދައުލަތަށް ދައްކަންޖެހޭ ފައިސާ ދައްކާފައި ނުވާތީ، ޤާނޫނު ނަންބަރު 2010/3 (ޓެކްސް ނެގުމާބެހޭ ޤާނޫނު) ގެ 47 ވަނަ މާއްދާއާއަ 49 މާއްދާއަށް ރިޢާޔަތްކޮށް، ޓެކްސް ނެގުމާބެހޭ އިދާރީ ގަވާއިދުގެ 44 ވަނަ މާއްދާ އާއި 45 ވަނަ މާއްދާ އަދި 64 ވަނަ މާއްދާގެ ދަށުން އެކުލަވާލެވިފައިވާ އެންފޯސްމަންޓް ޕޮލިސީގެ 3 ވަނަ ނަންބަރުގެ (ހ) އަދި (ށ) ގެ ދަށުން، ހއ.ބީނާފުށ އަދި ކަނޑާލިފިނޮޅުގެ ކުއްޔާއި ޖޫރިމަނާގެ ގޮތުގައި އަރާފައިވާ ފައިސާ ދެއްކުމަށް އެދި ދަޢުވާލިބޭ ފަރާތަށް ފޮނުވި ނަންބަރު RNT/ECS/2016/26-DUN1/1017552 (5 އެޕްރީލް 2016) ފުރަތަމަ ނޯޓިސްގައި ބަޔާންކޮށްފައިވާ ތާރީޚު ކަމަށްވާ 4 މޭ 2016 އާ ހަމައަށް އެ ފަރާތުން ފައިސާ ދައްކާފައި ނުވެއެވެ. އަދި 18 ޖުލައި 2016 ގެ ކުރިން ފައިސާ ދެއްކުމަށް އެދި ފޮނުވި ނަންބަރު -DUN2/1017552 RNT/TCS/2016/44 (4 ޖުލައި 2016) ފައިނަލް ނޯޓިސއް އއެގޮތަށްވެސް ދަޢުވާލިބޭ ފަރާތުން ދައުލަތަށް ފައިސާ ދައްކާފައިނުވެއެވެ.

9އެގޮތުން، މީރާއިން ފޮނުވި ފުރަތަމަ ނޯޓިސް އަދި ފައިނަލް ނޯޓިސްއާ އެއްގޮތަށް ދަޢުވާލިބޭ ފަރާތުން ޢމަލުކޮށްފައަ ނުވާތީ، އެންފޯސްމަންޓް ޕޮލިސީގެ 3 ވަނަ ނަންބަރު (ނ) ގެ (1) ގެ ދަށުން ދަޢުވާލިބޭ ފަރާތުގެ އެކައުންޓް 15 މާރިޗު 2017 ގައި ފްރީޒްކޮށްފައިވެއެވެ. އަދ، އެންފި ސްމަންޓް ޕޮލިސީގޯ 3 ވަނަ ނަންބަރުގެ (ނ) ގެ (2) ގެ ދަށުން ދައުލަތުގެ އެކި އިދާރާތަކުންދޭ ބައެއް ޚިދުމަތް ވަގުތީގޮތުން މެދުކަނޑާލުމަށް އަންގާފައިވެއެވެ. އެއަށްފަހުވެސް، ދަޢުވާލިބޭ ފަރާތުން އެއްވެސް ފައިސާއެއް ދައްކާފައި ނުވާތީ، 3,059,643.62 US$ (ތިން މިލިއަން ފަންސާސް ނުވް ހާސް ހ ސަތޭކަ ސާޅީސް ތިން ޑލަރޮ ފަސްދޮޅަސް ދެ ސެންޓް) އަކީ ފައިސާ ދައްކާ ޚަލާޞްކުރުމާ ހަމައަށް އަރަމުންދާ ޖޫރިމަނާއާއެކު، ދަޢުވާލިބޭ ފަރާތުން ދައުލަތަށް ދައްކަންޖެހޭ ފައިސާކަން ދައުލަތުން ފާހަގަކުރެއެވެ.

10އެހެންކަމުން އެއްވެސް ޓެކުހެއް، ޖޫރިމަނާއެއް ނުވަތަ އެހެން އެއްވެސް އަދަދެއް ނދައްކު އ، އޮވެއްޖެނަމަ ސަރުކާރަށް ދައްކަންޖެހޭ މަދަނީ ދަރަންޏެއްގެ ގޮތުގައި މީރާއިން ކޯޓުގައި ދަޢުވާކޮށްގެން މި ފައިސާ ހޯދިދާނެ ކަމަށާއި، ފައިސާ ނުދައްކާ އޮތް ފަރާތުގެ ނަމާއި އެޑްރެހާއި ދައްކަންޖެހޭ އަދަދުގެ ތަފުސީލު ހިމެނޭ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ސޮއިކޮށްފައިވާ ލިޔުމެއް، ދައްކަންޖެހޭ އަދަދު ސާބިތުކުރުމަށް އޮތް ހެއްކެއް ކަމުގައި އަދި ކޯޓުން ނިޔާ ކަނޑައެޅުމުގައި ލިބޭ އެކަށީގެންވާ ބާރެއް ކަމުގައި ފުދޭނެ ކަމަށް ޤާނޫނު ނަންބަރު 2010/3 (ޓެކްސް ނުގުމާބެހޭ އިދާރީ ޤާނޫނު) ގެ 49 ވަނަ މާއްދާގެ (ހ) ގައި ބޔާނަ ކޮށްފައިވް ހިނދު، މި ދަޢުވާގައި ހިމެނިފައިވާ ކުލި އަދި އިންޓްރެސްޓާއި ޖޫރިމަނާގެ އަދަދުތަކާ ގުޅޭ ގޮތުން، ޤާނޫނުގައި ބަޔާންކޮށް ފައިވާ ގޮތުގެ މަތިން ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ސޮއިކޮށްފައިވާ ލިޔު މެއް ދަޢުވާ ފޯމާއެކު ހުށަހަޅާފައިވެއެވެ.

11އިސްތިއުނާފު ކުރެވިފައިމިވަނީ ބުނެވެދިޔަ ދަޢުވާކުރުމުން ސިވިލް ކޯޓުން ނިންމާފައިވާ ޤަޟިއްޔާއެވެ.

ސިވިލް ކޯޓަށް ހުށަހެޅި ދަޢުވާ

12އިސްތިއުނާފުކުރާ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި ދަޢުވާގެ ޞީޣާގައި ބުނެފައިވަނީ: ސިވިލް ކޯޓުގެ ނަންބަރު 2017C/-Cv/1213 ޤަޟިއްޔާ "މި ދަޢުވާއަކީ، ޔޮޓް ޓުއަރސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް (ކުންފުނި ރަޖިސްޓަރީ ނަންބަރު:-C 0135/1995) (މީގެފަހުން "ދަޢުވާލިބޭ ފަރާތް" ކަމަށް ބުނެފައިވާ ފަރާތް) އާއި މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އާރޓްސ އެންޑް ކަލްޗަރއާ ދެމެދު 22 އޮކްޓބަރޯ 2013 ގައި ވެފައިވާ ލީސް އެގްރީމަންޓްގެ ދަށުން، ހއ.ބީނާފުށ އަދި ކަނޑާލިފިނޮޅުގ ކުލީގެ ގޮތުގައެ ދައުލަތަށް ދައްކަންޖެހޭ US$668,973.97 (ހަ ލައްކަ ފަސްދޮޅަސް އަށްހާސް ނުވަސަތޭކަ ހަތްދިހަ ތިން ޑޮލަރު ނުވަދިހަ ހަތް ސެންޓް) ދައްކާފައި ން ވާތު އާއި، އެ ފައިސާ ދައްކަންޖެހޭ މުއްދަތުގައި ދައްކާފައި ނުވާތީ، ޖޫރިމަނާގެ ގޮތުގައި 10 އޭޕްރީލް 2017 (ކޯޓަށް މައްސަލަ ހުށަހެޅި ތާރީޚު) އާ ހަމައަށް އަރާފައިވާ US$ 2,390,669.65 (ދެ މިލިއަން ތިންލައްކަ ނުވަދިހ ހާސް ހަ ސަތޭކަ ފަސްދޮޅަސް ނުވަ ޑޮލަރު ފަސްދޮޅަސް ފަސް ސެންޓް) އާއެކު ޖުމްލަ US$ 3,059,643.62 (ތިން މިލިއަން ފަންސާސ ނުވް ހާސް ހ ސަތޭކަ ސާޅީސް ތިން ޑޮލަރު ފަސްދޮޅަސް ދެ ސެންޓް)، ފައިސާ ދައްކާ ޚަލާޞްކުރުމާ ހަމައަށް އަރަމުންދާ ޖޫރިމަނާ އާއެކު، ޝަރީޢަތް މެދުވެރިކޮށް ދައުލަތަށް އެކީ އެއްފަހަރާ ހޯދުމަށް އެދި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީގެފަހުން "ދަ އުލަތް" ނުވަތަ މީރާ" ކަމަށް ބުނެފައިވާ ފަރާތް) އިން ޔޮޓް ޓުއަރސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ކުރާ ދަޢުވާއެކެވެ." މި ފަދައިންކަނ އެނގެން އޮވެއެވެ.

13އަދި އެ ޤަޟިއްޔާގައި ޙުކުމްކޮށްފައިވަނީ: [ދެންފަހެ، އިސްވެ ދިޔަ ބަޔާންތަކަށާއި، ފާހަގަކުރި ނުކުތާތަކުގެ މައްޗަށް ބެލުމަށް ފަހު، ހއ.ބީނާފުއްޓާއި ހއ.ކަނޑާލިފިނޮޅު ކުއްޔަށް ދިނުމާއި ބެހޭގޮތުން މިނިސްޓްރީ އޮފް ޓޫރިޒަމް އާއި ޔޮޓް ޓުއަރސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއާއި ދެމެދުގައި 22 އޮކްޓބަރޯ 2013 މި ތާރީޚުގައި ވެފައިވާ "ލީސް އެގްރީމަންޓް" ގެ ދަށނު 22 އޮކްޓބަރޯ 2013 އިން 02 އޯގަސްޓް 2016 މި ތާރީޚުގެ ނިޔަލަށް ކުލީގެ ގޮތުގައި ދައްކަންޖެހޭ US$668,973.97 (ހަލައްކަ ފަސްދޮޅަސް އަށްހާސް ނުވަސަތޭކަ ހަތްދިހަ ތިނެއް ޕޮއިންޓް ނުވައެއް ހަތެއް) ޔޫއެސް ޑޮލަރާއި ކުލި ދައްކަންޖެހޭ ތާރީޚުގައި ކުލި ނުދެއްކުމުން 28 ސެޕްޓެންބަރު 2017 މި ތާރީޚުއާއި ހަމައަށް ޖޫރިމަނާގެ ގޮތުގައި އަރާފައިވާ US$2,962,642.38 (ދެމިލިއަން ނުވަލައްކަ ފަސްދޮޅަސް ދެހާސް ސިވިލް ކޯޓަށް ހުށަހެޅި ދަޢުވާ ފޯމުގެ 7ވަނަ ނަންބަރު ހަތަރުސަތޭކަ ސާޅިސް ދޭއް ޕޮއިންޓް ތިނެއް އަށެއް) ޔޫއެސް ޑޮލަރުއާއ އެކި ޖުމްލައަށްވާ US$3,631,616.35 (ތިންމިލިޔަން ހަލައްކަ ތިރީސްއެއްހާސް ހަސަތޭކަ ސޯޅަ ޕޮއިންޓް ތިނެއް ފަހެއް) ޔޫއެސް ޑޮލަރަކީ މި ފައިސާ ދައްކާ ޚަލާޞް ކުރުމާއި ހަމައަށް އަރަމުންދާ ޖޫރިމަނާއާއި އެކު ޔޮޓް ޓުއަރސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ދިވެހި ދައުލަތަށް ދައްކަންޖެހޭ ފައިސާއެއް ކަން ހުށަހެޅިފައިވާ ލިޔުންތކުނަ ޝަރީޢަތަށް ޘާބިތުވާކަމަށް ކަނޑައަޅައި، ބުނެވެދިޔަ ގޮތުގެ މައްޗަށް ޔޮޓް ޓުއަރސް މޯލްޑިވްސް ޕްރައިވޓެ ލިމިޓެޑުން ދިވެހި ދައުލަތަށްދައްކަންޖެހޭ US$3,631,616.35 (ތިންމިލިޔަން ހަލައްކަ ތިރީސްއެއްހާސް ހަސަތޭކަ ސޯޅަ ޕޮއިންޓް ތިނެއް ފަހެއް) ޔޫއެސް ޑޮލަރު އަރަމުންދާ ޖޫރިމަނާއާއި އެކު 28 ސެޕްޓެންބަރު 2017 މި ދުވަހުން ފެށިގެން ކޮންމެ މަހަކުވެސް އެ މަހަކަށް ޖެހޭވަރު އެ މަހަކު ދައްކަމުންގޮސް މީލާދީ 3 (ތިނެއް) މަސް ދުވަހުގެ ތެރޭގައި US$3,631,616.35 (ތިންމިލިޔަން ހަލައްކަ ތިރީސްއެއްހާސް ހަސަތޭކަ ސޯޅަ ޕޮއިންޓް ތިނެއް ފަހެއް) ޔޫއެސް ޑޮލަރު އަރަމުންދާ ޖޫރިމަނާއާއި އެކު މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދައްކާ ޚަލާޞްކުރުމަށް ދަޢުވާ ލިބުނު ޔޮޓް ޓުއަރސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް އަންގާ ޙުކުމްކޮށްފީމެވެ].

އިސްތިއުނާފަށް ހުށަހެޅުނު ނުކުތާތައަ

14ސިވިލް ކޯޓްގެ ނަންބަރު C/2017-Cv/1213 ޤަޟިއްޔާ އިސްތިއުނާފކު ރުމަށު އެދި ޔޮޓް ޓުއަރސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އަންނަނިވި ނުކުތާތައް ހުށަހަޅާ އެނުކުތތަކާ ގޅިގެނު ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވަކާލާތުކޮށްފައިވެއެވެ. އެގޮތުން، ހުށަހަޅާފައިވާ ނުކުތާތަކަކީ:

1.14 ހއ.ބީނާފުށ އަދި ކަނޑާލިފިނޮޅާއ ގުޅި އިތުރު މައްސަލައެއް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު A/197-HC/2017 ޤަޟިއްޔާއިން އެ ކޯޓުގައި ބަލަމުންދާ ހިނދުގައި، އެއްމަރުޙަލާގެ ކޯޓަކުން އެއްމަރުޙަލއެއާ ގެ ކޯޓަކުން މައޟޫއަށު ފުށއަރާނޭފަދަ ބީދާއަކުނު ސިވިލް ކޯޓުގެ ނަންބަރު C/2013-Cv/1922 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓް ޞަފް ޙާ ނަންބަރު 13-12 އެ މައޟޫއެއްގު ދެމައްސަ ލައެއ ކުރިއަށް ގެންދިއުމަކީ ޤާނ ނ ގޮތުން ހަމަނުޖެހޭ ނަތީޖާތަކެއް ނިކުތުމުގެ އިޙްތިމާލު އޮތްއިރު ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު A/197-HC/2017 ޤަޟިއްޔާއިން ވަކި ގޮތެއް ނިންމެވުމުގެ ކުރިން ސިވިލް ކޯޓުގެ ނަންބަރު C/2017-CV/1213 ޤަޟިއްޔާ ކުރިއަށް ގެންގޮސް، ދިވެހިޖުމްހޫރިއްޔާގޮ ޤާނޫނުއަސާސގީ 141 ވަނަ މާއްދާ އާއި 143 ވަނަ މާއްދާ އާއި ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކާއިބެހޭ ޤާނޫނު)ގެ 36 ވަނަ މާއްދާ އާއި 37 ވަނަ މާއްދާ އާއި 38 އާ ޚިލާފަށް މައްސަލަ ނިންމަވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ އާއި،

2.14 ހއ.ބީނާފުއްޓާއި، ހއ.ކަނޑާލިފިނޮޅަކ ޤާނޫނީ ނަންބަރު 99/2 (ޓޫރިޒަމާބެހޭ ޤާނޫނު) ގެ ދަށުން ޓޫރިސްޓް ރިސޯޓެއް ތަރައްޤީކުރުމަށް ދޫކޮށްފައިވާ ރަށްތަކަށް ނުވާއިރު، ހއ.ބީނާފުއްޓާއި، ހއ.ކަނޑާލިފިނޮޅުގެ ކުލި ކަނޑައެޅުމުގައި ގަވާއިދު ނަންބަރު 20-R/2010 (ޓޫރިސްޓް ރިޒޯޓާއި، ޓޫރިސްޓް ހޮޓަލާއި، ޓޫރިސްޓް ގެސްޓްހައުސް ހެދުމަށް ކުއްޔަށްދޭ ރަށްރަށާއި ބިންބިމުގެ ކުލި ސަރުކާރަށް ދެއްކުމާބެހޭ ޤަވާއިދު) ގެ 5 ވަނަ މާއްދާގެ (އ) ތަޠުބީޤކުރައްވާ، ހއ.ބީނާފުއްޓާއި، ހއ.ކަނޑާލިފިނޮޅު ކުއްޔަށްދިނުމަށް ވެފައިވާ އެއްބަސްވުމުގެ 14 ވަނަ މާއްދާގެ )C( ގެ ޢަދުލވެރިކަމާއިމެދު ސުވާލު ނުއުފެއްދޭނެ ކަމަށް ކަނޑައަޅުއްވާފައިވަނީ ދެފަރާތުގެ ދމެދެ ވެވުނު އެއްބަސްވުމުގެ ތަޢާރަފުގައި، 16 ވަނަ މާއްދާ އާއި 20 ވަނަ މާއްދާގެ )A( ގެ 4 ވަނަ ނަންބަރަށް ރިޢާޔަތްކުރެވިގެން ކަމުގައިނުވާކަމަށ ބުން ހުށަހެޅި ނުކުތާ އާއި؛

3.14 ހއ.ބީނާފުއްޓާއި، ހއ.ކަނޑާލިފިނޮޅަކީ އިސްތިއުނާފުކުރާ ފަރާތަށް ދޫކޮށްފައިވާ ހއ.އަލިދޫ ރިޒޯޓުގެ ބީޗެއްގ ގޮތުގައެ ބޭނުންކުރުމަށް ދޫކޮށްފައިވާ ރަށަކަށްވާއިރު، ހއ.ބީނާފުއްޓއި، ހއ.ކަނޑާލިފި ނޮޅު ބޭނުންކުރުން ބިނާވަނީ ހއ.އަލިދޫގެ ޓޫރިޒަމް އޮޕަރޭޝަންސްގެ މައްޗަށްކަން ހއ.ބީނާފުއްޓާއި، ހއ.ކަނޑާލިފިނޮޅު ކުއްޔަށްދިނުމަށް ދެފަރާތުގެ ދމެދެ ވެވުނު އެއްބަސްވުމުގެ ތަޢާރަފެގައި، 16 ވަނަ މާއްދާ އާއި، 20 ވަނަ މާއްދާގެ )A( ގެ 4 ވަނަ ނަންބަރަށް ބެލުމުން އެނގޭއިރު، ހއ.އަލިދޫ ގެ ޓޫރިޒަމް އޮޕަރޭޝަން ހުއްޓާލުމުގެ ހުއްދަ މިނިސްޓްރީ އޮފް ޓޫރިޒަމުން އެ ފަރާތުގެ ނަންބަރު QARS/PRIV/2018/2542-88 ސީޓީން ދީފައިވާއިރު، މި ވާޤިޢއަށާ ރިޢާޔަތްކުރައްވާފައި ނުވާކަމަށް ބުނެ ހުށަހެޅި ނުކުތާ އާއި؛

4.14 ސިވިލް ކޯޓުގެ ނަންބަރު C/2017-Cv/1126 ޤަޟިއްޔާއިން ނިންމަވާފައިވާ މައްސަލަ މި މައްސަލައަށް ތަޠުބީޤުކުރާއިރު ހއ.ބީނާފުށ އަދި ކަނޑާލިފނޮޅާއި ގުޅޭ އިތުރު މައްސަލައެއް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު A/197-HC/2017 ޤަޟިއްޔާއިން އެ ކޯޓުގައި ބަލަމުންދާ ހިނދުގައި، ސިވިލް ކޯޓުގެ ނަންބަރު C/2017-Cv/1126 ޤަޟިއްޔާއިން ނިންމަވާފައިވާ މައްސަލައާއި އެއް އުޞޫލަކުން މި މައްސަލައާއި ގުޅޭ ހައިކޯޓަށް ހުށަހެޅިފައިވާ ހައިކޯޓުގެ ނަންބަރު A/197-HC/2017 މައްސަލަ ނިމެންދެން މި މައްސަލަ ލަސކުރް އްވަނަ ޖެހޭނެކަމަށް ދަޢުވާލިބޭ ފަރާތުން ދެކޭކަމަށް ބުނެފައިވާ ނުކުތާއާ ޚިލާފަށް އެ ނުކުތާއަށް ރިޢާޔަތްކުރުމެއްނެތި މައްސަލަ ނިންމާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ އާއި؛

5.14 ދަޢުވާކުރާ ފަރާތުން ގބޫލުކުރަ ގޮތުގައާ ދަޢުވާކުރާ ފަރާތާއި ދައުލަތާއި ދެމެދު ވެފައިވާ "ލީސް އެގްރީމަންޓް" ގެ 33 ވަނަ މާއްދާގައި ކުއްޔާއި ގުޅޭ "ލިކިއުޑޭޓަޑް" ޑެމޭޖަސް ނެގުމަށް ކަނޑައަޅުއްވާފައިވ އުޞޫލަކާ ޢަދުލުވެރި އުޞޫލެއް ނޫންކަމާއި، އަދި "ލިކިއުޑޭޓަޑް" ޑެމޭޖަސް ކަނޑައަޅުއްވާފައިވާ އުޞޫލަކީ ޢަދުލުވެރި އުޞޫލެއް ނޫންކަމަށު ގބޫލުކުރަ ސަބަބުތަކަށް އެކަށީގެންވާ މިންވަރަށް ރިޢާޔަތް ނުކުރައްވައި މައްސަލަ ނިންމަވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ އަދި

6.14 ޝަރުޢީ ކޯޓަކުން ނިންމަވާ ނިންމެވުމެއް ރ ވިއުކުރުމަށ އޮންން ޤާނޫނަ ވަސީލަތަކީ ތަޢުނުކުރެވުންކަމާއި، ތަޢުނުކުރެވުމުގެ ފުރުސަތު އޮތަ އަދި އިސްތިއުނާފުވެސް ކުރެވިގެނު މަތީ ކޯޓެއްގައި ކުރިއަށް ދާ މައްސަލައެއްގައި "ރިވިއު" ކުރަމުންދާ އަމުރެއް، އެ އަށްވުރެ ދަށު ކޯޓެއްގައި ރިވިއުކުރެވުމަކީ ސޕްރީމު ކޯޓުގް ނަންބަރު SJ/03/2011-SC ގައިވެސް އޮތް ފަދަ ކަނޑައެޅިގެން ޤާނޫނާ ޚިލާފު، ޣައިރު ދުސްތޫރީ، އަދި ދައުލަތުގެ ނިޒާމް ޢާއްމު )order public( ގެއްލިގެން ދިއުމުގެ އިޙްތިމާލު މާ ބޮޑަށް ފާޅުވާ ހ ލަތެއްކަމުގައި ފާހަގަކޮށް ހުށަހަޅާފައިވާ ނުކުތާ އާއި ސުޕްރީމް ކޯޓުގެ ނަންބަރު SJ/03/2011-SC ނިންމުމާ ޚިލާފަށް މައްސަލަ ނިންމަވާފައިވާކމަށަ ބުން ހުށަހެޅި ނުކުތާއެވެ.

އިސްތިއުނާފުކުރާ ފަރާތުން އެދޭގޮތް

15އިސްތިއުނާފުކުރާ ފަރާތުން އެދިފައިވަނީ: "ސިވިލ ކޯޓުގް ނަންބަރު C/2017-Cv/1213 ޤަޟިއްޔާއިން ހއ.ބިނާފުއްޓާއި ހއ. ކަނޑާލިފިނޮޅު ކުއްޔަށް ދިނުމާއި ބެހޭގޮތުން މިނިސްޓްރީ އޮފް ޓޫރިޒަމް އާއި ޔޮޓް ޓުއަރސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއާ ދެމދުގައެ 22 އޮކްޓބަރޯ 2013 މި ތާރީޚުގައި ވެފައިވާ "ލީސް އެގްރީމަންޓް" ގެ ދަށުން 22 އޮކްޓބަރޯ 2013 އިން 02 އޯގަސްޓް 2016 މި ތާރީޚުގެ ނިޔަލަށް ކުލީގެ ގޮތުގައި ދައްކަންޖެހޭ US$668,973.97 (ހަލައްކަ ފަސްދޮޅަސް އަށް ހާސް ނުވަސަތޭކަ ހަތްދިހަ ތިނެއް ޕޮއިންޓް ނުވައެއް ހަތެއް) ޔޫއެސް ޑޮލަރާއި ކުލި ދައްކަންޖެހޭ ތާރީޚުގައި ކުލި ނުދެއްކުމުން 28 ސެޕްޓެމްބަރ 2017 މި ތާރީޚާއި ހަމައަށް ޖޫރިމަނާގެ ގޮތުގައި އަރާފައިވާ US$2,962,642.38 (ދެމިލިއަން ނުވަލައްކަ ފަސްދޮޅަސް ދެހާސް ހަތަރު ސަތޭކަ ސާޅީސް ދޭއް ޕޮއިންޓް ތިނެއް އަށެއް) ޔޫއެސް ޑޮލަރާއެކު ޖުމްލައަށްވާ US$3,631,616.35 (ތިން މިލިއަން ހަލައްކަ ތިރީސްއެއްހާސް ހަސަތޭކަ ސޯޅަ ޕޮއިންޓް ތިނެއް ފަހެއް) ޔޫއެސް ޑޮލަރަކީ މި ފައިސާ ދައްކާ ޚަލާޞް ކުރުމާއި ހަމައަށް އަރަމުންދާ ޖޫރިމަނާ އާއިއެކު ޔޮޓް ޓުއަރސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ދިވެހި ދައުލަތަކަށް ދައްކަންޖެހޭ ފައިސާ އެއްކަން ހުށަހަޅާފައިވާ ލިޔުންތަކުން ޝަރީޢަތަށް ސާބިތުވާކަމަށް ކަނޑައަޅައި ބުނެވެދިޔަ ގޮތުގެ މައްޗަށް 28 ސެޕްޓެންބަރު 2017 މި ދުވަހުން ފެށިގެން ކޮންމެ މަހަކުވެސް އެ މަހަކަށްޖެހޭވަރު އެ މަހަކު ދައްކަމުންގޮސް މީލާދީ 3 (ތިނެއް) މަސްދުވަހުގެ ތެރޭ US$3,631,616.35 (ތިން މިލިއަން ހަލައްކަ ތިރީސްއެއްހާސް ހަސަތޭކަ ސޯޅަ ޕޮއިންޓް ތިނެއް ފަހެއް) ޔޫއެސް ޑޮލަރު އަރަމުންދާ ޖޫރިމަނާ އާއިއެކު މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދައްކާ ޚަލާޞްކުރުމަށް އެންގޭނެ ޝަރުޢީ އަދި ޤާނޫނީ ހަމައެއް ވިޔަސް ނެތް ކަމަށް ކަނޑައަޅައި، ސިވިލް ކޯޓުގެ ނަންބަރު C/2017-Cv/1213 ޤަޟިއްޔއިނާ ކޮށްފައިވް ޙުކުމް ބާޠިލު ކޮށްދެއްވުމަށް އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅައެވެ ". މިފަދައިންކަން އެނގެން އޮވެއެވެ.

އިސްތިއުނާފރައްދުވު ފަރާތުން އެދޭގޮތް

16އިސްތިއުނާފުރައްދުވާ ފަރާތުން އެދިފައިވަނީ ސިވިލް ކޯޓުގެ ޙުކުމަށް ބަދަލެއް ގެންނަންޖެހޭ ތަނެއް ނެތްކަމަށް ކަނޑައަޅައި އެ މޭރުމުން ޙުކުމެއް ނެރެދިނުމަށެވެ. އިސްތިއުނާފުކުރާ ފަރާތުން ފާހަގަކުރި އިޖުރާއީ ނުކުތއާގުޅާ

17އިސްތިއުނާފުކުރާ ފަރާތުން އިޖުރާއީ 02 (ދޭއް) ނުކުތާއެއް ފާހަގަކޮށްފައިވެއެވެ. މިގޮތުން، އެ ފަރާތުން ފާހަގަކޮށްފައިވާ ނުކުތާތަކަކީ:

1.17 މި ޤަޟިއްޔާގައި އެޓަރނީ ޖެނެރަލްގެ އޮފީހުން ކޯޓަށް ޙާޟިރުވުމުގެ ހައިސިއޔަތް ގުޅޭގޮތުން ފާހަގަކުރި ނުކުތާ އާއި

2.17 މައްސަލަތައް އެއްކޮށް ކުރިއަށް ގެންދިއުމާގުޅޭ ގޮތުން ފާހަގަކުރި ނުކުތާއެ ވެ.

އިސްތިއުނާފު ފޯމުގެ 10ވަނަ ނަންބަރު

18ބުނެވިދިޔ އިޖުރާއަ ނުކުތާތަކާ މެދު ދެފަރާތުން ފާހަގަކުރަން ބޭނުންވާ ކަންކަން ފާހަގަކުރުމަށް ޝަރީޢތުނަ ފުރުސަތު ދެވި ދެފަރާތުގެ ބަސްހޯދިފައިވެއެވެ. މިގޮތުން، އިސްތިއުނާފުރައްދުވާ ފަރާތުން ލިޔުމުން ތަފުސީލީ ގޮތެއްގައި ޖަވާބުދީފައިވެއެވެ.

19އިޖުރާއީ ފުރަތަމަ ނުކުތާ ފާހަގަކޮށްފައިވަނީ ޤާނޫނު ނަންބަރު 2010/3 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) އަށް 3 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނުގެ 50 ވނ މާއްދާގަ (ބ) އާ ގުޅިގެން އެޓަރނީ ޖެނެރަލްގެ އޮފީހުން މި ޤަޟިއްޔާގައި ކޯޓަށް ޙާޟިރުވުމަށް ނިންމާފައިވާތީކަން އެނގެއެވެ.

20HN1ޓެކްސް ފިޔަވައި އެހެނިހެން ފައިސާގެ ތެރެއިން ދައުލަތަށް ލިބެންޖެހި، ނުލިބިވާ ފައިސާއެއް، އެ ފައިސާއެއެ ދައްކަންޖެހޭ މުއްދަތުގައި ދައްކާފައި ނުވާނަމަ، އެ ފައިސާ ޝަރީޢަތް މެދުވެރިކޮށް ހޯދުމުގެ އިޚްތިޔާރު ބަންޑާރަ ނައިބަށް ލިބިގެންވާކަން ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނަށް 3 ވަނަ އިޞްލާހު ގެ ނައުމުގެ ޤާނޫނުގެ 50 ވަނަ މާއްދާގެ (ބ) އިން އެނގެން އޮތަތީ، ބަންޑާރަ ނައިބަށް މި ޤަޟިއްޔާގެ އިސްތިއުނާފު މަރުޙަލާގައާ ކޯޓަށް ހާޟިރުވުމުގެ ހައިސިއްޔަތު ލިބިގެންވާކަމަށް އަހުރެން ދެކެމެވެ.

21އިޖުރާއީ ދެވަނަ ނުކުތާއަކީ ކޮންމެހެން ހުރިހާ މައްސަލަތަކެއް އެއްކޮށް ކުރިއަށް ގެންދއުމަށި އެދިގެން ހުށަހަޅާފައިވާ ނުކުތާއެއް ނޫންކަމަށް ބުނެ އެކަން އެ އިޖުރާއީ ނުކުތާ ހުށަހެޅިފަރާތުން ފާހަގަކޮށްފައިވެއެވެ. އަދި އެއީ ވަގުތު ސަލާމަތްކުރުމުގެ ގޮތުން އެދުނު އެދުމެއް ކަމަށް ބުނެފައިވެއެވެ. އަދި އިޖުރާއީ އިޢުތިރާޟްގެ ގޮތުގައި ފާހަގަކޮށްފައިވަނީ ހަމައެކަނި ފުރަތަމަ ނުކުތާކަމަށް ބުނެފައިވެއެވެ. އެހެންކަމުން، މައްސަލަތައް އެއްކޮށް ހިންގުމުގެ ބަދަލުގައި މައްސަލަތައް ކުރިއަށް ގެ ންދެވިފައ ވަނި ވަކިވަކީންނެވެ. އިސްތިއުނާފީ ނުކުތާތަކާމެދު ޝަރީޢަތުން ރިޢާޔަތްކޮށްފައިވާ ގޮތް

22HN2އިސްތިއުނާފީ ނުކުތާތަކާއި ގުޅިގެން އިސްތިއުނާފުކުރާ ފަރާތުން ފާހަގަކޮށްފައިވާ ކަންކަމުގެ ތެރޭގައި އިސްތިއުނާފީ ފުރަތަމަ ނުކުތާ އާއި، ހަތަރުވަނަ ނުކުތާ އާއި އަދި ހަވަނަ ނުކުތާއަކީ މިހާރު އެ ނުކުތާތަކުގައި އިޖުރާއީ ނުކުތާގެ ޖަވާބު ( 21 މާރިޗް 2021) ފާހަގަކޮށްފައިވާ ކަންކަމުގެ މަޞްލަޙަތު ދެމިއޮތް ކަންކަން ނޫންކަމަށް ބުނެ އެކަން ފާހަގަކޮށްފައިވާތީ އެ ނުކުތާތަކާމެދު ޝަރީޢަތުން މި ޤަޟިއްޔާގައި ގޮތް ކަނޑައަޅަންޖެހޭ ކަމަކަށް އަހުރެން ނުދެކެމެވެ.

23ބުނެވިދިޔަ އިސްތިއުނާފީ ނުކުތާތަކުގެ އިތުރުން ދެން ހުރި ނުކުތާކަށް ބަލާއިރު، އެ ނުކުތާ ތަކަކީ:

1.23 އިސްތިއުނާފީ ދެވަނަ ނުކުތާ އާއި،

2.23 ތިންވަނަ ނުކުތާ އަދި

3.23 ފަސްވަނަ ނުކުތާއެވެ.

24އެހެންކަމުން، އެ ނުކުތާތަކާ ގުޅިގެން ޝަރީޢަތަށް ފާހަގަކުރެވޭ ކަންކަން ބަޔާންކުރަމެވެ.

އިސްތިއުނާފީ ދެވަނަ ނުކުތާ އާއި ތިންވަނަ ނުކުތާއާ ގުޅޭ

25އިސްތިއުނާފީ ދެވަނަ ނުކުތާ އާއި ތިންވަނަ ނުކުތާގައި ފާހަގަކޮށްފައިވާ ކަންކަމަކީ ދަށު ކޯޓުގެ މަރުޙަލާގައި ޔޮޓް ޓުއަރސްގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާއެއް ނޫންކަމަށް ދައުލަތުން ފާހަގަކޮށްފައިވެއެވެ. ދައުލަތުގެ އެ ބުނުމާ ގުޅިގެން ޝަރީޢަތުން ޔޮޓް ޓުއަރސްއާ ސުވާލުކުރުމުން އެ ފަރާތުންވެސް ފާހަގަކޮށްފައި ވަނީ އެ ނުކުތާއަކީ ދަށު މަރުޙަލާގައި ފާހަގަކޮށްފައި ނުވާ އައު ނުކުތާއެއްކަމަށެވެ.

26ޝަރީޢަތްކުރުމުގައި ފަނޑިޔާރުން ޢަމަލުކުރަންޖެހޭ ގޮތް ދިވެހިރާއްޖޭގެ ޖމްހޫރިއްޔާގު ޤނޫނުއަސާސީނާ އެނގެންއޮވެއެވެ. ޤާނޫނުއަސާސީގެ 142 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ: "ފަނޑިޔާރުންނަކީ މުސްތަޤިއްލު ބައެކެވެ. ފަނޑިޔާރުން ޢަމަލުކުރާނީ ޤާނޫނުއަސާސީ އާއި ޤާނޫނަށެވެ. ޤާނޫނުއަސާސީ އާއާ ޤާނޫނުގައި ވަކިގޮތަކަށް ކަނޑައަޅައިފައި ނުވާ ކަންކަން ނިންމުމުގައި އިސްލާމީ ޝަރީޢަތުގައި އެކަމެއް ކަނޑައެޅިފައިވާ ގޮތަށް ފަނޑިޔާރުން ރިޢާޔަތް ކުރާންވާނެއެވެ. ފަނޑިޔާރުންގެ މަސައްކަތުގައި ޤާނޫނުއަސާސީ އާއި ޤާނޫނާ އެއްގޮތަށް ކަންތައްތައޮ ނިންމާންވާނީ ވަކިފަރާތަކަށް ބުރަނުވެ، ވަކިފަރާތަކުން ދައްކައިފާނެ ބިރަކަށް ޖެހިލުންނުވެ، ތަޢައްޞުބުން އެއްކިބާވެ ތިބެއެވެ." މިދަފައިންނެވެ.

އިސްތިއުނާފީ ދަޢުވާގެ ޖަވާބު ފޯމުގެ 4.1.3

27ފަނޑިޔާރުންގެ ނިންމުންތަކާއި، ޙުކުމްތަކުގެ އަސްލަކީ ކޮބައިކަން ބަޔާންކުރަމުން ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނގު 5 ވަނަ މާއްދާގައި ބަޔާންކޮށްފައި ވަނީ: " 5. (ހ) ފަނޑިޔާރުންގެ ނިންމުންތައް ނިންމުމުގައި ފަނޑިޔާރުން ޢަމަލުކުރާނީ ޤާނޫނުއަސާސީއާއި ޤާނޫނަށެވެ. ޤާނޫނުއަސާސީއާއި ޤާނޫނުގައި ވަކިގޮތަކަށް ކަނޑައެޅިފައި ނުވާ ކަންކަން ނިންމުމުގައި އިސްލާމީ ޝަރީޢތުގައަ އެކަމެއް ކަނޑައަޅާފައިވާ ގޮތަށް ފަނޑިޔާރުން ރިޢާޔަތްކުރަންވާނެއެވެ.

(ށ) މިމާއްދާގެ (ހ) ގައި ވާގޮތުގެމަތިން، ފަނޑިޔާރުކަމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި އަންނަނިވި ކަންކަމަށް ފަނޑިޔާރުން ރިޢާޔަތްކުރަންވާނެއެވެ. (1) މައްސަލައިގައި ހުށަހެޅިފައިވާ ހެއްކާ ޤަރީނާ. (2) މައްސަލައާ އެއްފަދަ އެހެން މައްސަލަތަކުގައި އެ ކޯޓުން ކުރިން ކޮށްފައިވާ ޙުކުމް ނުވަތަ އެ ކޯޓަށްވުރެ މަތީ ކޯޓަކުން ކޮށްފައިވާ ޙުކުމް. (3) ވަކި ފަރާތަކަށް ނުޖެހުމާއި، ވަކި ފަރާތެއްގެ ނުފޫޒަށް ނުލެނބުމާއި، ވަކި ފަރާތަކުން ދައްކަފާނެ ބިރަކަށް ޖެހިލުން ނުވުމާއި، ތަޢައްޞުބުން އެއްކިބާވުން. "

28HN3ހައިކޯޓުގެ މައްސަލަ ބެލުމުގެ އުޞޫލު ބަޔާންކުރަމުން ކޯޓުތަކުގެ ޤާނޫނު ގެ 32 ވަނަ މާއދާގައް ބަޔާންކޮށްފައިވަނީ: "32. (ހ) ހައިކޯޓުން މައްސަލަތައް ބަލާނީ ދަށު ކޯޓުގައި ހުށަހެޅި ހެކިތަކާއި ދިފާޢުތަކަކީ އަސާސްކަމުގައި ބަލައިގެންނެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން ބުނެފައި އޮތުމަކީ ދަ ށ ކޯޓުގައު ހުށަހެޅުމުގެ ފުރުސތަ ލިބިފައނުވި ހެކި، އިސްތިއުނާފުގެ މަރުޙަލާގައި ހުށަހެޅުމަށް ހުރަސްއަޅާނެކަމެއް ނޫނެވެ.

(ނ) ހައިކޯޓުގައި އިސްތިއުނާފުކުރެވޭ މައްސަލަ ބަލާ ފަނޑިޔާރުންނަށް، އެ މައްސަލަ ދަށު ކޯޓުގައި ބެލިއިރު، ނުބެލި ހުރި ކަންތައްތަކެއް ހުރިކަން ފާހަގަކުރެވިގެން އެ މައްސަލަ އަލުން ބެލުމުގެ މަޞްލަޙަތު ބޮޑުކަމަށް ފެނިއްޖެނަމަ، ދަށު ކޯޓުގައި އެ މައްސަލަ ބަލަންޖެހޭ ޤާނޫނީ އުޞޫލުތައް ކަނޑައަޅައި، އެ މައްސަލަ ބެލުމަށްޓަކައި، އެ މައްސަލަ ބެލި ދަށު ކޯޓަށް ފޮނުވިދާނެއެވެ." ޤާނޫނު ނަންބަރު 2010/13

29ބުނެވިދިޔަ މާއްދާއަށް ބެލުމުން އެނގޭކަމަކީ، ދަށު ކޯޓުގައި ހުށަހެޅުމުގެ ފުރުސތަ ލިބިފއިނުވަ ހެކި، އިސްތިއުނާފުގެ މަރުޙަލާގައި ހުށަހެޅުމަށް ހުރަހެއް ނެތްކަމެވެ. އަހުރެންނަށް ގަބޫލުކުރެވޭ ގޮތުގައި އިސްތިއުނާފީ ކޯޓުގެ ދައުރަކީ، ދަށު ކޯޓުގެ ޙުކުމުގައި ހެދިފައި އޮތް ގޯހެއް ނުވަތަޝަ ރީޢަތް ހިންގުމުގައި ހެދިފައި އޮތް ގޯހެއް ރަނގަޅުކުރުމެވެ. އެއްވެސް ހާލެއްގައި ދަށު މަރުޙަލާގައި ފާހަގަކށްފައޮ ނުވާ ޚުޞޫމަތާކާމެދު ފައިސަލާކޮށް ގޮތެއް ކަނޑައެޅުމަކީ އިސްތިއުނާފީ ކޯޓެއްގެ ދައުރުކަމުގައި އަހުރެން ނުދެކެމެވެ.

30އެހެންކަމުން، އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާފައިވާ ބުނެވިދިޔަ ދެނުކުތާއަކީ ދަށު ކޯޓުގައި ހުށަހަޅާފއަ ނުވާ ނުކުތާތަކެއް ކަމުގައި ވާއިރު، އިސްތިއުނާފީ މި މަރުޙަލާގައި ހުށަހަޅާފައިވާ އައު ނުކުތާތކަ ކ ބަލައިގަނެވޭނެ ނުކުތާތަކެއް ކަމުގައި އަހުރެންނަކަށް ޤަބޫލެއް ނުކުރެވެއެވެ. މި ނުކުތާގައި ޤާނޫނީ ޙުއްޖަތެއްގެ ގޮތުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު A/41-SC/2014 ޤަޟިއްޔާ ފާހަގަކުރަމެވެ.

އިސްތިއުނާފީ ފަސްވަނަ ނުކުތާއާ ގުޅޭ

31އިސްތިއުނާފީ ފަސްވަނަ ނުކުތަ އަކާ ދަޢުވާކުރީ ފަރާތުން ގަބޫލުކުރާ ގޮތުގައި ދަޢުވާކުރާ ފަރާތާއި ދައުލަތާއި ދެމެދު ވެފައިވާ "ލީސް އެގްރީމަންޓް" ގެ 33 ވަނަ މާއްދާގައި ކުއްޔާއި ގުޅޭ "ލިކިއުޑޭޓަޑް " ޑެމޭޖަސް ނެގުމަށް ކަނޑައަޅުއްވާފައިވ އުޞޫލަކާ ޢަދުލުވެރި އުޞޫލެއް ނޫންކަމާއި، އަދި "ލިކިއުޑޭޓަޑް" ޑެމޭޖަސް ކަނޑައަޅުއްވާފައިވ އުޞޫލަކާ ޢދުލުވެރަ އުޞޫލެއް ނޫންކަމަށް ގަބޫލުކުރާ ސަބަބުތކަށަ އެކަށީގެންވާ މިންވަރަށް ރިޢާޔަތްނުކުރައްވައި މައްސަލަ ނިންމަވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.

32މި ދެފަރާތުގެ ދެމެދު ވެފައިވާ އެއްބަސްވުމުގެ 14 ވަނަ މާއްދާގައި ރެންޓާ ބެހޭގޮތުން އތޮ މާއްދާއަށް ބަލާއިރު، އެ މާއްދާގައި ބަޔާންކޮށްފައި ވަނީ: “14. The Lessee shall pay to the Lessor an annual Rent as follows: ޝަރީޢަތް ނިމުނު ގޮތުގެ ޚުލާސާގެ 28.3 ވަނަ ނަންބަރު، ސަފުހާ ނަންބަރު 20 (a) The Rent shall be calculated as USD 4.00 (United Sates Dollars Four) per square meter from the date of this Agreement. (b) The annual Rent shall be paid in quarterly insallments in advance before the commencement of the quarter for which the payment is due. (c) If the Rent or any part of it is in arreas the Lessee shall pay liquidated damages, at the rate of 0.5% of the amount outsatnading in arreas, calculated on a daily basis, for each day of delay. The damages are to be paid in addition to the full payment of all amounts in arreas.”

33"ލިކިއުޑޭޓަޑް" ޑެމޭޖަސް ނެގުމަށް ކަނޑައަޅާފައިވާ އުޞޫލަކީ ޢަދުލުވެރި އުޞޫލެއް ނޫންކަމަށް އިސްތިއުނާ ފުކުރާ ފަރާތުން ބުނެފައިވާއިރު، އެ އުޞޫލަކީ ޓޫރިސްޓް ރިޒޯޓާއި، ޓޫރިސްޓް ހޮޓަލާއި، ޓޫރިސްޓް ގެސްޓްހައުސް ހެދުމަށް ކުށްޔަށްދޭ ރަށްރަށާއި ބިންބިމުގެ ކުލި ސަރުކާރަށް ދެއްކުމާ ބެހޭ ޤަވާއިދުގެ 5 ވަނަ މާއްދާގެ (އ) ގައިވާ އުޞޫލުކަމަށާއި، އެއްބަސްވުމުގ އެ މާއްދާއަކީ އެ ޤަވާއިދުގެ ދަށުން ޤާނޫނީ ގޮތުން ބާރުލިބިގެން އެއްބަސްވުމުގައި ހިމަނާފައިވާ މާއްދާއެއްކަން ދައުލަތުން ފާހަގަކޮށްފައިވެއެވެ.

34HN4ޓޫރިޒަމް މިނިސްޓްރީއަށް ރަށްރަށް ކުއްޔަށް ދިނުމުގެ ބާރަކީ ޤާނޫނީ ގޮތުން ލިބިދީފައިވާ ބާރަކަށް ވާއިރު، ރަށްރަށް ކުއްޔަށް ދިނުމުގައި ޢަމަލުކުރުމަށް ކަނޑައެޅިފައިވާ ޤާނޫނީ އުޞޫލުތަކަށް އެ ފަރާތުންވެސް ތަބާ ވާންޖެހޭނެކަމަށް ގަބޫލުކުރެވެއެވެ. ޤާނޫނުގައި ނުވަތަ ޤަވައިދުގައި ވަކިގޮތަކަށް ބަޔާންކޮށްފައި އޮތް ކަމެއްގައި، ދެ ފަރާތުގެ ދެމެދު ހެދޭ އެއްބަސްވުމުގައި ޤަވާއިދުގައި ކަނޑައެޅިފައިވާ މިންވަރަކަށް އެކަމެއް ބަޔާންކޮށްފައިވާއިރު، އެ ޤަވައިދުގައ އޮތި މިންވަރަކީ އެއީ ޢަދުލުވެރި ނޫން މިންވަރެއް ކަމަށް ކަނޑައަޅާފައި ވާކަން އެނގެން ނެތީސް، އެއްބަސްވުމުގައި ބައިވެރިވުމަށްފަހު އެއްބަސްވުމުގެ ދަށުން ކުއްޔަށް ހިފިފަރާތުން އަދާކުރަންޖެހޭ އިލްތިޒާމް އަދާނުކުރާކަމަށ ބުން ކުއްޔަށް ދިން ފަރާތުން ދަޢުވާއުފުލުމުން، އެ މިންވަރާމެދު ސުވާލު އުފައްދާ އެ މިންވަރަކީ ޢަދުލުވެރި މިންވަރެއް ނޫންކަމަށް ބުނެ ފާހަގަކޮށްފައިވާ މި ނުކުތާގައި، އެއްބަސްވުމުގައި ހިމަނާފައިވާ މިންވަރަކީ ޤަވައިދުގައ ބުނި މިންވަރަށްވުރެ ބޮޑު މިންވަރެއްކަން

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

  • ޤާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) އަށް 3 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނުގެ 50 ވަނަ މާއްދާގެ (ބ)
  • ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 142 ވަނަ މާއްދާ
  • ޤާނޫނު ނަންބަރު 13/2010 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) ގެ 5 ވަނަ މާއްދާ
  • ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކާބެހޭ ޤާނޫނު) ގެ 32 ވަނަ މާއްދާ
  • ސުޕްރީމް ކޯޓު 2014/SC-A/41
  • ޤާނޫނު ނަންބަރު 2/99 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު)
  • ގަވާއިދު ނަންބަރު R-20/2010 (ޓޫރިސްޓް ރިޒޯޓާއި ޓޫރިސްޓް ހޮޓަލާއި ޓޫރިސްޓް ގެސްޓްހައުސް ހެދުމަށް ކުއްޔަށްދޭ ރަށްރަށާއި ބިންބިމުގެ ކުލި ސަރުކާރަށް ދެއްކުމާބެހޭ ޤަވާއިދު) ގެ 5 ވަނަ މާއްދާގެ (އ)

ޝަރީޢަތުގެ ވީޑިއޯ

މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.

ޝެއަރ ކުރައްވާ