ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
2019/HC-A/116

އައިލެންޑް އެކްސްޕަރޓް ޕވޓ ލޓޑ ވ. ފްލައިންފ ފްލީޓް ޝިޕިންގ އެންޑް ލޮޖިސްޓިކް ޕވޓ ލޓޑ

ބައެއް ބަދަލުކުރި
ސުޕްރީމް ކޯޓަށް އިސްތިއުނާފުކޮށްފައި ނުވޭ · ރަޖިސްޓްރީ ބެލީ 15 އޮކްޓޫބަރު 2026ޙުކުމުގެ ހާލަތު
ހައިކޯޓު · 10 ޖޫން 2021ދަށު ކޯޓު: ސިވިލް ކޯޓު 3565/Cv-C/2018ބާވަތް: އެހެނިހެން

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
ސިވިލް ކޯޓު 3565/Cv-C/2018
ފަހުގެ ތާރީޚު
ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް

ކޯ ޓާމްސް

ޚުލާޞާ

ކޯޓުން ނިންމަން ޖެހުނު ސުވާލު
ލިޔުމުން އެއްބަސްވުމެއް ނެތި ސަޕްލައިކުރި މުދަލުގެ އަގުގެ ބާކީއަށް ދައްކާފައިވާކަމަށް ބުނާ ފައިސާ (ދައްކާ ފަރާތުގެ އަމިއްލަ އީމެއިލުން) އުނިކުރެވޭތޯއާއި، ސްޓޭޓްމަންޓް އޮފް އެކައުންޓްސްގައި ފަހުން ބަޔާންކުރި ދުވާލަކަށް 3% ގެ ޖަޒާއީ ޝަރުޠެއްގެ ދަށުން ޖޫރިމަނާ ނަގައިދެވޭތޯ.

ނިންމުން

ބައެއް ބަދަލުކުރި

ބައެއް ބަދަލުކުރި (ބާކީ އަގު 485,147.99 ޑޮލަރު ޤާއިމް، 200,907.59 ޑޮލަރުގެ ޖޫރިމަނާ ބާޠިލު)

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

އެހެނިހެން › މަސައްކަތާއި މުދަލާއި ޚިދުމަތުގެ އަގު ހޯދުމަށް އެދި

HN1 ކޮންޓްރެކްޓަކީ ދެމީހަކު ނުވަތަ އެއަށްވުރެ ގިނަ ބަޔަކު ދެމެދު ވެވޭ، ޤާނޫނު ޤަބޫލުކުރާ ނުވަތަ ބާރުދޭ އެއްބަސްވުމެކެވެ؛ ލިޔުމުން އެއްބަސްވުމެއް ނެތްނަމަވެސް މުދާ ސަޕްލައިކުރުމުގެ މުޢާމަލާތް ހިނގިކަމާމެދު ދެބަސްވުމެއް ނެތްނަމަ އެއީ މުދާ ފޯރުކޮށްދިނުމަށް ކުރެވުނު މުޢާމަލާތެކެވެ.

HN2 ދަޢުވާ ލިބޭ ފަރާތުގެ އަމިއްލަ ސްޓޭޓްމަންޓެއްގައިވާ ބެލެންސްގެ ފަހުން ފައިސާ އަދާކޮށްފައިވާނަމަ، އެކަން ސާބިތުކޮށްދިނުމަކީ ދެއްކިކަމަށް ބުނާ ފަރާތުގެ ޒިންމާއެކެވެ.

HN3 ފައިސާ ލިބެންޖެހޭ ފަރާތުގެ އިޢުތިރާފުން ފައިސާ ލިބިފައިވާކަން ސާބިތުވާނެއެވެ؛ ނަމަވެސް ފައިސާ ދެއްކި ފަރާތުން އަމިއްލައަށް ފޮނުވާ އީމެއިލަކީ ފައިސާ ދެއްކިކަމުގެ ކިތާބީ ހެއްކެއްގެ ގޮތުގައި ބެލެވޭނެ ލިޔުމެއް ނޫނެވެ؛ ޚާއްޞަކޮށް އެ ފަރާތުން ފަހުން ތައްޔާރުކުރި ސްޓޭޓްމަންޓް އޮފް އެކައުންޓްސްގައި އެ ފައިސާ ހިމެނިފައި ނުވާއިރު.

HN4 ޝަރީޢަތަށް ހުށަހެޅޭ ހެކި ޤަރީނާތައް ވަޒަންކޮށް އެ ހެކިތަކާމެދު ނިންމާގޮތް ޙުކުމުގައި ސާފުކޮށް ބަޔާންކުރުމަކީ އެންމެ ޢަދުލުވެރި ގޮތާއި ޤާނޫނީގޮތުން ކުރަންޖެހޭ ގޮތެވެ.

އެހެނިހެން › މަސައްކަތާއި މުދަލާއި ޚިދުމަތުގެ އަގު ހޯދުމަށް އެދި

HN5 މުޢާމަލާތާ ގުޅިގެން ބައިވެރިން ތައްޔާރުކުރާ ސިޓީ، މެސެޖް، އިންވޮއިސް، އެކައުންޓް ފޮތް، އެކައުންޓް ސްޓޭޓްމަންޓް، ޕަރޗޭސް އޯޑަރު ފަދަ މުސްތަނަދުތަކަކީ، އޭގެ އިދިކޮޅު ސާބިތުނުކުރެވޭހާ ހިނދަކު، އޭގައިވާ ބަޔާންތަކާއި ވަޤާއިޢުތައް ޞައްޙަކަމަށް ޤާއިމްވާ ޙުއްޖަތެއްކަމުގައި ބެލެވޭނެއެވެ.

HN6 ޖަޒާއީ ޝަރުޠެއްގެ ދަށުން ޖޫރިމަނާ ނަގައިދެވޭނީ ދެފަރާތް ޞަރީޙަކޮށް ނުވަތަ ޟިމްނީކޮށް އެއަށް އެއްބަސްވެފައިވާނަމައެވެ؛ ކުރިން ހިނގި މުޢާމަލާތަކާ ގުޅިގެން ފަހުން ފޮނުވާ ސްޓޭޓްމަންޓް އޮފް އެކައުންޓްސްގައި ކުރިން ބަޔާންވެފައިނުވާ ޖަޒާއީ ޝަރުޠެއް ބަޔާންކޮށް، އަނެއް ބައިވެރިޔާގެ ރުހުމާއި ޤަބޫލުނެތި އިތުރު އިލްތިޒާމެއް ލާޒިމުނުކުރެވޭނެއެވެ.

HN7 ހަމައެކަނި ސްޓޭޓްމަންޓް އޮފް އެކައުންޓްސްގައި ބަޔާންކުރި ދުވާލަކަށް 3% ގެ ޖަޒާއީ ޝަރުޠުގެ ދަށުން ޖޫރިމަނާ ނަގައިދިނުން ރަނގަޅެއް ނޫނެވެ.

ވަކީލުންނާއި ފަނޑިޔާރުން

ވަކީލުން
—
ބެންޗު
ޙަސަން ޝަފީޢު، ޢަލީ ސަމީރު، ޙުސައިން ޝަހީދު
ރިޔާސަތު
—
ރައުޔު ލިޔުނު ފަނޑިޔާރު
ޙަސަން ޝަފީޢު · ތާއީދުކުރެއްވީ: ޢަލީ ސަމީރު، ޙުސައިން ޝަހީދު
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.

ފަނޑިޔާރު ޙަސަން ޝަފީޢުގެ ރައުޔު: (މިރައުޔަށް ފަނޑިޔާރް ޢަލީ ސަމީރު އާއި ފަނޑިޔާރު ޙުސައިން ޝަހީދު

ތާއީދުކުރައްވައެވެ.)

ތަޢާރަފު

1މިއީ، ސިވިލް ކޯޓުގެ ނަންބަރު C/2018-Cv/3565 ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނޫން ކަމަށްބުނެ އެ ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް އެދި އައިލެންޑް އެކްސްޕަރޓް ޕްރައިވެޓް ލިމިޓެޑގު ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ. މި ޤަޟިއްޔާގައި އިސްތިއުނާފރައްދުވާ ފަރާތަކީ، ފްލައިންގ ފްލީޓް ޝިޕިންގ އެންޑް ލޮޖިސްޓިކްސް ޕްރައިވެޓް ލިމިޓޑެ ވެ.

ކަން ހިނގާފައިވާގޮތް

2އައިލެންޑް އެކްސްޕަރޓް ޕްރައިވެޓް ލިމިޓެޑު ގެ އެދުމަށް ފްލައިންގ ފްލީޓް ޝިޕިންގ އެންޑް ލޮޖިސްޓިކްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އެކިފަހަރުމަތިން އިންޑިއާއިން ހިލަޔާއި ހިލަވެއްޔާއި ސިމެންތި ސަޕްލައިކޮށްފައިވެއެވެ.

3ބުނެވިދިޔަ ތަކެތި ސަޕްލައިކޮށްދިނުމ ގުޅިގެނާ އަގުގެ ގޮތުގައި 515,147.99 US$ (ފަސް ލައްކަ ފަނަރަހާސް އެއްސަތޭކަ ސާޅީސ ހަތެއް އެމެރިކާ ޑޮލަރު ނުވަދިހަ ނުވައެއް ސެންޓް) އައިލެންޑީ އެކްސްޕަރޓް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ދައްކަންޖެހި ނުދައްކައިވާކަމަށް ފްލައިންގ ފްލީޓް ޝިޕިންގ އެންޑް ލޮޖިސްޓިކްސް ޕްރައިވެޓް ލިމިޓެޑުން ބުނެއެވެ.

4ބުނެވިދިޔަ ފައިސާގެ ޢަދަދު ހޯދުމަށްއެދި 30 ޖުލައި 2018 ވަނަ ދުވަހު އައިލެންޑް އެކްސްޕަރޓް ޕްރައިވެޓް ލިމިޓެޑަށް އިންވޮއިސެއް ފޮނުވާފައިވާނެކަމަށް ފްލައިންގ ފްލީޓް ޝިޕިންގ އެންޑް ލޮޖިސްޓިކްސް ޕްރައިވެޓް ލިމިޓެޑުން ބުނެއެވެ.

5ބުނެވިދިޔަ އިންވޮއިސްގެ ޓާރމްސް އެންޑް ކ ންޑިޝަންސްގައި އެ ފައިސާ އިންވޮއިސް ފޮނުވި ތާރީޚުން ފެށިގެން 03 (ތިނެއް) ބޭންކިންގ ދުވަހުގެ ތެރޭގައި ދައްކާ ޚަލާޞްކުރުމަށާއި، އެގޮތަށް ޢަމަލުނުކޮށްފިނަމަ އިތުރަށް ހިނގާކޮންމެ ދުވަހަކަށް ޖުމްލަ ފައިސާގެ %3 (ތިނެއް އިންސައްތަ) ޑިލޭ ޑެމެޖަސްގެ ގޮތުގައާ ނެގޭނެކަމަށް ބަޔާންކޮށްފައި އޮންނަކަމަށް ފްލައިންގ ފްލީޓް ޝިޕިންގ އެންޑް ލޮޖިސްޓިކްސް ޕްރައިވެޓް ލިމިޓެޑުން ބުނެއެވެ.

6އަދި އެ ފައިސާ ލިބިފައިނުވާކަމަށް ބުނެ އެ ފައިސާ ހޯދުމަށް ސިވިލް ކޯޓުގައި ފްލައިންގ ފ ލީޓް ޝިޕިންގ އެންޑް ލޮޖިސްޓިކްސް ޕްރައިވެޓް ލިމިޓެޑުން ދަޢުވާކުރިއެވެ.

ސިވިލް ކޯޓަށް ހުށަހެޅި ދަޢުވާ

7ސިވިލް ކޯޓަށް ހުށަހެޅި ދަޢުވާގެ ޚުލާޞާގައި ބަޔާންކޮށްފައި ވަނީ: "މިއީ، ސިންގަޕޫރުގެ ކުންފުންޏެއް ކަމުގައިވާ ފްލައިންގ ފްލީޓް ޝިޕިންގ އެންޑް ލޮޖިސްޓިކްސް ޕްރައިވެޓް ލިމިޓެޑުން ("ދަޢުވާކުރާފަރާތް") ސަޕްލައި ކޮށްފައިވާ ހިލަޔާއި ހިލަވެއްޔާއި ސިމެންތީގ އަގުގެ ތެރެއިން އައިލެންޑް އެކްސްޕާރޓ ޕްރައިވެޓް ލިމިޓެޑުން ("ދަޢުވާލިބޭފަރާތް") ނުދައްކައިވާ 515,147.99 US$ (ފަސްލައްކަ ފަނަރަހާސް އެއްސަތޭކަ ސާޅީސް ހަތެއް އެމެރިކާ ޑޮލަރު ނުވަދިހަ ނުވައެއް ސެންޓް) އާއި، ދަޢުވާކުރާފަރާތުން 30 ޖުލައި 2018 ގައި ފޮނުވާފައިވާ އިންވޮއިސްގައިވާ ގޮތުގެމަތީން 30 ޖުލައި 2018 ވަނަ ދުވަހުން ފެށިގެން މި ފައިސާ ދައްކާ ޚަލާޞްކުރުމާ ހަމައަށް ކޮންމެ ދުވަހަކަށް ޖުމްލަ ފައިސާގެ 3% (ތިނެއް އިންސައްތަ) ގެ މަގުން މި ފައިސާ ދައްކާ ޚަލާޞްކުރެވޭ ތާރީޚާ ހަމައަށް ދަޢުވާކުރާފަރާތަށް ލިބިދިނުމަށް ކަނޑައަޅާ ދެއްވުމަށް އެދި ހުށަހަޅާ މައްސަލައެކެވެ."

8އަދި އެ ޤަޟިއްޔާގައި ޙުކުމްކޮށްފައިވަނީ: [ދެންފަހެ، ބުނެވެދިޔަ ކަންކަން އެގޮތުގައި ހުރުމާއެކު، ސިންގަޕޫރުގެ ކުންފުންޏެއް ކަމުގައިވާ ފްލައިން ފްލީޓް ޝިޕިންގ އެންޑް ލޮޖިސްޓިކްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އައިލެންޑް އެކްސްޕާރޓް ޕްރައިވޓެ ލިމިޓެޑްގެ މައްޗަށް ދަޢުވާކޮށް ހުށަހަޅާފައިވާ މި މައްސަލާގައި، ދަޢުވާކުރާ ފަރާތުން ދަޢުވާލިބޭ ފަރާތަށް ސިވިލް ކޯޓުގެ ނަންބަރު C/2018-Cv/3565 ޤަޟިއްޔާގެ ޞަފްހާ ނަންބަރު 2 ފޯރުކޮށްދީފައިވާ ހިލައާއި، ހިލަވެއްޔާއި، ސިމެންތީގެ އަގާއި، މި މުދަލުގެ އަގު އަދާނުކޮށް އޮތުމުގެ ސަބަބުން ހިނގާފައިވާ ޖޫރިމަނާގެ ގޮތުގައި އެކުޖުމްލަ 686,055.58 S$U (ހަލައްކަ އަށްޑިހަ ހަހާސް ފަންސާސް ފަހެއް އެމެރިކާ ޑޮލަރު ފަންސާސް އަށެއް ސެންޓް) ދަޢުވާލިބޭ ފަރާތުން ދަޢުވާކުރާ ފަރާތަށް އަދާކުރަންޖެހި އަދާނުކޮށްވާކަން މަދަނީ މިންގަނޑުތަކުން ޝަރީޢަތަށް ޘާބިތުވާކަމަށް ކަނޑައަޅައި، މިބުނެވުނު ފައިސާ ދަޢުވާކުރާ ފަރާތަށް ލިބިދިނުމުގެ ގޮތުން 25 ނޮވެންބަރު 2018 އިން ފެށިގެން 03 (ތިނެއް) މަސްދުވަހުގެ ތެރޭގައި، ކޮންމެ މަހަކު އެމަހަކަށްޖެހޭ ފައިސާގެ ޢަދަދަށްވުރެ މަދުނޫން ފައިސާގެ މިންވަރެއް ސިވިލް ކޯޓަށް ދައްކައި، މިދަރަނި ޚަލާޞްކުރުމަށް ދަޢުވާލިބުނު އައިލެންޑް އެކްސްޕާރޓް ޕްރައިވެޓް ލިމިޓެޑްއަށް އަންގައި، މިގޮތުގެ މަތިން ޙުކުމްކޮށްފީމެވެ.] މިފަދައިންނެވެ.

އިސްތިއުނާފަށް ހުށަހެޅުނު ނުކުތާތައް

9ސިވިލް ކޯޓުގެ ނަންބަރު C/2018-Cv/3565 ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނޫން ކަމަށްބުނެ އެ ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް އެދި އައިލެންޑް އެކްސްޕަރޓް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އަންނަނިވި ނުކުތާތައް ހުށަހަޅާ އެ ނުކުތާތަކާ ބެހޭ ގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. އެގޮތުން، ހުށަހަޅާފައިވާ ނުކުތާތަކަކީ:

1.9.ޤާނޫނު ނަންބަރު 2010/13 (ދިވެހިރާއްޖޭގ ފަނޑިޔާރުންގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ށ) ގެ (1) ގައި، ފަނޑިޔާރު ކަމުގެ މަސްއޫލިއްޔަތު އަދާކުރަންވާނީ މައްސަލައިގައި ހުށަހެޅިފައިވާ ހެއްކާއި ޤަރީނާއަށް ރިޢާޔަތްކޮށްގެން ކަމަށްވާއިރު، އިސްތިއުނާފުރައްދުވާ ފަރާތުން ސަޕްލައި ކޮށްފައިވާ މުދަލަށް ދައްކަންޖެހި ނުދައްކައިވާ މުދަލުގެ ޢަދަދަކީ 485,147.99 US$ ކަމަށް ކަނޑައަޅާފައިވަނީ އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާފައިވާ ހެއްކާއި ނުވަތަ ޤަރީނާތަކަށް ރިޢާޔަތްނުކޮށް، ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) ގެ 1 ވަނަ ނަންބަރާ ޚިލާފަށް ކަމަށް ބުނެ ހުށަހެޅި ނުކުތާ އާއި؛

2.9.ޤާނޫނު ނަންބަރު 2010/13 (ދިވެހިރާއްޖޭގ ފަނޑިޔާރުންގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ށ) ގެ 1 ގައި ފަނޑިޔާރުކަމުގެ މަސްއޫލިއްޔަތު އަދާކުރަންވާނީ މައްސަލާގައި ހުށަހެޅިފައިވާ ހެއްކާއި ޤަރީނާއަށެ ރިޢާޔަތްކޮށްގެން ކަމަށާ އަދި އެ މާއްދާގެ 2 ވަނަ ނަންބަރުގައި (2) ގައި ފަނޑިޔާރުކމުގަ މަސްއޫލިއްޔަތު އަދާކުރަންވާނީ މައްސަލައާ އެއްފަދަ އެހެން މައްސަލަތުކުގައި އެ ކޯޓުން ކުރިން ކޮށްފައިވާ ޙުކުމް ނުވަތަ އެ ކޯޓަށްވުރެ މަތީ ކޯޓަކުން ކޮށްފައިވާ ޙުކުމަށް ރިޢާޔަތްކް ށްގެން ކަމަށްވާއިރު، އިސްތިއުނާފުރައްދުވާ ފަރާތަށް ދައްކަންޖެހޭ ފައިސާގެ ޖުމްލަ ޢަދަދު ޝަރުތު ޖަޒާއީގެ ގޮތުގައި ދުވާލަކަށް 3 އިންސައްތަ ނަގައިދޭން ކަނޑައަޅައި އެގޮތުގެމަތިން ސިވިލް ކޯޓަށް ދަޢުވާ ކުރުމާ ހަމައަށް US$ 200,907.59 ނަގައިދޭން ކަނޑައަޅާފައިވަނީ އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާފައިވާ ހެއްކާއި ނުވަތަ ޤަރީނާތަކަށާއ އަދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2015/SC-A/16 ޤަޟިއްޔާއަށް ރިޢާޔަތްނުކޮށް، ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާ (ށ) ގެ 1 އަދި 2 ވަނަ ނަންބަރާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.

އިސްތިއުނާފުކުރާ ފަރާތުން އެދޭގޮތް

10އިސްތިއުނާފުކުރާ ފަރާތުން އެދިފައިވަނީ: "އިސްވެ ދެންނެވިފައިވާ ކަންކަން އެހެން ހުރުމާއެކު، ސިވިލް ކޯޓުގެ ނަންބަރު C/2018-Cv/3565 ޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށް ކަނޑައަޅުއްވައި، އެ ޤަޟިއްޔާގެ ޙުކުމް ބާޠިލްކޮށްދެއްވުމަށް އެދެމެވެ. އަދި ސިވިލް ކޯޓުގެ ނަންބަރު C/2018-Cv/3565 ޤަޟިއްޔާ އިސްތިއުނާފ ކުރުމަށް އެދި ހުށަހަޅުއްވާފައިވުމުން، މި މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި ބަލައި ނިމެންދެން ދެންނެވުނު ސިވިލް ކޯޓުގެ ޤަޟިއްޔާގެ ޙުކުމް ތަންފީޒް ކުރުން ފަސްކުރުމަށް އަމުރުކޮށްދެއްވުން އެދެމެވެ." އިސްތިއުނާފު ފޯމުގެ 10 ވަނަ ނަންބަރު އިސްތިއުނާފީ ނުކުތާތަކާމެދު ދެފަރާތުން މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވާ ކަންކަނާ އިސްތިއުނާފުކުރާ ފަރާތުން ފާހަގަކުރި ކަންކަން

11އިސްތިއުނާފުކުރާ ފަރާތުން އަންނަނިވި ކަންކަން ފާހަގަކޮށްފައިވެއެވެ. އިސްތިއުނާފީ ފުރަތަމަ ނުކުތާ: ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) ގެ 1 ވަނަ ނަންބަރާ ޚިލާފުކަމަށް ބުނެ ހުށަހެޅި ނުކުތާ

1.11. މި މައްސަލާގައި ފްލައިންގ ފްލީޓް ޝިޕިންގ އެންޑް ލޮޖިސްޓިކްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ދަޢުވާކޮށްފައިވަނީ USD 515,147.99 (ފަސްސަތޭކަ ފަނަރަހާސް އެއްސަތޭކަ ސާޅީސް ހަތް ޑޮލަރު ނުވަދިހަ ނުވަ ސެންޓް) ހޯދުމަށް ކަމުގައިވިޔަސް، އެ ޢަދަދަށް އައިލެންޑް އެކްސްޕަރޓް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ސިވިލް ކޯޓުގައި އިންކާރުކޮށްފައިވާކަން ފާހަގަކުރެއެވެ. އަދި މި ދަޢުވާއަށް އިންކާރުކޮށްފައިވަނީ އައިލެންޑް އެކްސްޕަރޓް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ފްލައިންގ ފްލީޓް ޝިޕިންގ އެންޑް ލޮޖިސްޓިކްސް ޕްރައިވެޓް ލިމިޓެޑަށް ދައްކާފައިވާ ފައިސާތައް އެ ދަޢުވާގައި ބުނާ ޢަދަދުން އުނިކޮށްފައި ނުވުމުގެ ސަބަބުން އެއީ ޞައްޙަ ޢަދަދެއް ކަމުގައި ނުވާތީކަމަށް އއިލެންޑަ އެކްސްޕަރޓް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ބުނެއެވެ.

2.11. އެގޮތުން، އައިލެންޑް އެކްސްޕަރޓް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ދެފަހަރެއްގެ މަތިން ނަގުދު ފައިސާއިން 30,000.00 USD (ތިރީސްހާސް) އެމެރިކާ ޑޮލަރާއި، އަދި 1,000,000 THB (އެއްމިލިއަނ ތައް ބާތު) ދައްކާފައިވާއިރު، އެ ފައިސާ ދެއްކިކަން އަންގައި ފޮނުވާފައިވާ އީމެއިލުގެ ކޮޕީ ދަޢުވާގެ ޖަވާބުގެ ޑޮކިއުމަންޓް 1 ގެ ގޮތުގައި ހުށަހަޅާފައިވާއިރު، އެ ލިޔުމަށް މައްސަލަ ބެލި ޤާޟީ ރިޢާޔަތްކޮށްފައިނުވެއެވެ.

3.11. މި މުޢާމަލާތަކީ ދެފަރާތް ދެމެދު އޮތް ގާތްގުޅުމެއްގެ ސަބަބުން އަނގަބަހުން ކުރެވިފައިވާ މުޢާމަލާތެއްކަމުން، ފްލައިންގ ފްލީޓް ޝިޕިންގ އެންޑް ލޮޖިސްޓިކްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ސަޕްލައިކޮށްފައިވާ މުދަލަށް ފައިސާ ދައްކާނެ ވަކިދުވަހެއް އަދި ވަކި މިންވަރެއް ކަނޑައެޅިފައެއްނުވެއެވެ. އެހެންކަމުން، އައިލެންޑް އެކްސް ޕަރޓ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ދިޔައީ، ކުންފުންޏަށް ފައިސާލިބޭ މިންވަރަކުން ފައިސާ ދައްކަމުންނެވެ. އަދި ގިނައިން ފައިސާ ދައްކާފައިވަނީ ނަގުދު ފައިސާއިން ކަމުން، ބުނެވެދިޔަ އީމެއިލަކީ އެގޮތުގެމަތިން ދައްކާފައިވާ ފައިސާ ލިބުނުކަން އަންގައިދިނުމަށް ފޮނވާފައިވު އީމެއިލެކެވެ. ބުނެވެދިޔަ އީމެއިލުގެ ޖަވާބުގައި ބެންކޮކް (ތައިލެންޑް) ގައި ދީފައިވާ ޕޭމަންޓްތަކުގެ އިންވޮއިސް ތައްޔާރުކޮށްފައި ފޮނުވައިދިނުމަށާއި އޭރުން ޕޭމަންޓް ދެއްކިކަން އެންޑޯޒްކޮށްދޭނެ ކަމަށް ބުނެ ފްލައިންގ ފްލީޓް ޝިޕިންގ އެންޑް ލޮޖިސްޓިކްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ފޮނުވާފައިވާ އީމެއިލު ހިމެނިފައިވާއިރު، މި އީމެއިލުގައި އެ ފަރާތުން ޕޭމަންޓް ލިބިފައިނުވާކަން ބަޔާންކުރުމުން، އެ ޕޭމަންޓަކީ އެ ފަރާތަށް ލިބިފައިވާ ޕޭމަންޓް ތަކެއްކަން ވަރަށް ސާފުކޮށް އެނގޭކަމަށެވެ. އެހެންނަމަވެސް، ސިވިލް ކޯޓު ގައި މި މައްސަލަ ބެލި ޤާޟީ އީމެއިލަށް ރިޢާޔަތްކޮށްފައިނުވެއެވެ. އިސްތިއުނާފީ ދެވަނަ ނުކުތާ: އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާފައިވާ ހެއްކާއި ނުވަތަ ޤަރީނާތަކަށާއި އަދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު A/16-SC/2015 ޤަޟިއްޔާއަށް ރިޢާޔަތްނުކޮށް، ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާ (ށ) ގެ 1 އަދި 2 ވަނަ ނަންބަރާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާ

4.11. ފްލައިންގ ފްލީޓް ޝިޕިންގ އެންޑް ލޮޖިސްޓިކްސް ޕްރައިވެޓް ލިމިޓެޑަށް ދައްކަންޖެހޭ ފައިސާގެ ޖުމްލަ ޢަދަދުން ޝަރުތު ޖަޒާއީގެ ގޮތުގައި ދުވާލަކަށް 3 އިންސައްތަ ނަގައިދޭން ކަނޑައަޅައި އެގޮތުގެމަތިން ސިވިލް ކޯޓަށް ދަޢުވާކުރުމާ ހަމައަށް 200,907.59 US$ ނަގައިދޭން ކަނޑައަޅާފައިވަނީ އިސްތިއުނާފުކުރާ ފަރާތުން ހުށަހެޅި ހެކިތަކަށާއި އަދި ސުޕްރީމް ކޯޓުގެ ނަންބަރު A/16-SC/2015 ޤަޟިއްޔާއަށް ރިޢާޔަތްކުރުމަކާ ނުލކަމަށާ އިސްތިއުނާފުކުރާ ފަރާތުން ފާހަގަކުރެއެވެ.

5.11. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު A/16-SC/2015 ޤަޟިއްޔާ (އައި.އެންޑް.ޓީ މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން މައިކްރޯ އިންވެސްޓްމެންޓް ޕްރިވެޓް ލިމިޓެޑުގެ މައްޗަށް ކުރި ދަޢުވާ) ގައި ފާހަގަކުރެވުނު ކަންތައްތައް އެ ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓްގެ 13 ވަނަ ސަފްހާއިނ ފެށިގެން ބަޔާންކޮށްފައިވާއިރު، އެ ނުކުތާތަކުގައި މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވަނީ، މައިކްރޯ އިންވެސްޓްމެންޓްގެ ފަރާތުން އައި.އެންޑް.ޓީ މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑަށް ފޮނުވާފައިވާ އިންވޮއިސްގައި ހިމަނާފައިވާ ޝަރުޠު ޖަޒާއީގެ ދަށުން ކަނޑައަޅާފައިވާ ޖޫރިމަނާގެ ފައިސާ ދެއްކުން އައި.އެންޑް.ޓީ މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑަށް ލާޒިމްވާނީ އެ ކުންފުނިން ޞަރީޙަކޮށް ނުވަތަ ޟިމްނީކޮށް ނަމަވެސް އެ ޝަރުޠު ޖަޒާއީއާ ރުހި ޤަބޫލުވާނަމަ ކަމާއި، އަދި ޝަރުޠު ޖަޒާއީއަށ ޞަރީޙަކޮށް ރުހި ޤަބޫލުވެފައިވާކަނ އެއްވެސް ގޮތަކަށް ލިއެކިއުމުން އެނގެން ނެތްއިރު، ޟިމްނީގޮތުން ރުހި ޤަބޫލުވެފައިވާކަމަށް ބެލެވޭނީ އެކަމަށް ދަލާލަތުކޮށްދޭ ހަރުދަނާ ދަލީލުތަކެއް ނުވަތަ ޤަރީނާތަކެއް ހުރެގެންކަމަށެވެ.

6.11. އެގޮތުން، ސިވިލް ކޯޓަށް ހުށަހެޅުނު ދަޢުވާގައި ނަގައިދިނުމަށް އެދިފައިވާ ޢަދަދު ދައްކައި ޚަލާޞްކުރުމާ ހަމައަށް ދުވާލަކަށް 3% ޑިލޭ ޑެމެޖާސ ގޮތުގައް ނަގައިދިނުމަށް އެދިފައިވީނަމަވެސް، އެއީ ދެފަރާތުގެ ދެމެދުގައި އެއްބަސްވެފައިވާ ކަމެއް ނޫނެވެ.

7.11. ފްލައިންގ ފްލީޓް ޝިޕިންގ އެންޑް ލޮޖިސްޓިކްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އެއްވެސް އިރެއްގައި އިންވޮއިސެއް ހުށަހަޅާފައިނުވާކަމަށާއި ހަމައެކަނި ހުށަހަޅާފައިވަނީ ސްޓޭޓްމަންޓް އޮފް އެކައުންޓެއްކަމަށް އިސްތިއުނާފުކުރާ ފަރާތުން ބުނެއެވެ. އެގޮތުން، ސްޓޭޓްމަންޓް އޮފް އެކައުންޓަކީ ވިއްކާފައިވާ ތަކެއްޗަށް ނުވަތަ ފޯރުކޮށްދީފައިވާ ޚިދުމަތަކަށް ފައިސާ ހޯދުމަށް އެދި ފޮނުވާ ލިޔުމެއް ނޫންކަން ފާހަގަކޮށްފައިވެއެވެ. އެހެންކަމުން، އެ ސްޓޭޓްމަންޓްގައި 3 އިންސައްތައިން ޖޫރިމަނާ ވާނެ ކަމަށް ބަޔާންކޮށްފައިވީ ކަމުގައިވިޔަސް، އެ ޝަރުތު ޖަޒާއީއަށ އެއްވެސް ގޮތަކަށް އިސްތިއުނާފުކުރާ ފަރާތުން ރުހިފައިނުވާ ޙާލު، އެކަމަށް މައްސަލަ ބެލި ޤާޟީ ރިޢާޔަތްކޮށްފައެއްނުވެއެވެ. އަދި ފޮނުވާފައިވާ އީމެއިލަށްވެސް ޤާޟީ ރިޢާޔަތްކޮށްފައެއްނުވެއެވެ.

އިސްތިއުނާފުރައްދުވާ ފަރާތުން ފާހަގަކުރި ކަންކަން

12އިސްތިއުނާފުރައްދުވާ ފަރާތުން އިސްތިއުނާފީ ފުރަތަމަ ނުކުތާއާ ގުޅިގެން އަންނަނިވި ކަންކަން ފާހަގަކޮށްފައިވެއެވެ.

1.12. ސިވިލް ކޯޓުގައި ދަޢުވާކޮށްފައިވާނީ ދަޢުވާލިބޭފަރާތުން ނުދައްކައިވާ USD 515,147.99 (ފަސްސަތޭކަ ފަނަރަހާސް އެއްސަތޭކަ ސާޅީސް ހަތް ޑޮލަރު ނުވަދިހަ ނުވަ ސެންޓް) އާއި ދަޢުވާކުރާފަރާތުން 30 ޖުލައި 2018 ވަނަ ދުވަހު ފޮނުވާފައިވާ އިންވޮއިސްގައިވާ ގޮތުގެ މަތީން މި ފައިސާ ދައްކާ ޚަލާޞްކުރެވޭ ތާރީޚާ ހަމައަށް ކޮންމެ ދުވަހަކަށް %3 (ތިނެއް އިންސައްތަ)ގެ މަގުން ގެއްލުމުގެ ބަދަލު ނަގައިދިނުމަށެވެ.

2.12. ދަޢުވާލިބުނު ފަރާތުން ސިވިލް ކޯޓުގައި ފާހަގަކޮށްފައިވަނީ މި ފައިސާއަކީ ދައްކަންޖެހޭ ފައިސާއެއްކަމަށާއި، އެހެންނަމަވެސް މި ފައިސާގެ ތެރެއިން THB 1,000,000 (އެއްމިލިއަން ތައި ބާތު) އަކާއި 30,000.00 USD (ތިރީސްހާސް އެމެރިކާ ޑޮލަރު) ދައްކާފައިވާނެކަމަށެވެ. މީގެ ތެރެއިން 30,000.00 USD (ތިރީސްހާސް އެމެރިކާ ޑޮލަރު) ދަޢުވާކުރިފަހުން ދައްކާފައިވާކަމަށް އެއްބަސްވެފައިވާނެއެވެ. އެހެންނަމަވެސް، މި ފައިސާ ދައްކާފައިވަނީ ސިވިލް ކޯޓަށް ދަޢުވާ ހުށަހެޅިފަހުންކަމުނ ދަޢުވާއިން މި ފައިސާ އުނިކޮށްފައެއްނުވެއެވެ.

3.12. އިސްތިއުނާފުކުރާ ފަރާތުން THB 1,000,000 (އެއްމިލިއަނ ތައް ބާތު) އަކާއި USD 30,000.00 (ތިރީސްހާސް އެމެރިކާ ޑޮލަރު) ދެއްކިކަމަށް ބުނެ ހުށަހަޅާފައިވަނީ 04 ސެޕްޓެމްބަރ 2018 ވަނަ ދުވަހު އިސްތިއުނާފުރައްދުވާ ފަރާތުން ފޮނުވާފައިވާ އީމެއިލެކެވެ. އެއީ ސިވިލް ކޯޓަށް ދަޢުވާ ހުށަހެޅުނުތާ މަހެ އްހާ ދުވަސްފަހެވެ. އަދި މި އީމެއިލާގުޅިގެން އިސްތިއުނާފުކުރާ ފަރާތުން ފޮނުވާފައިވާ އީމެއިލެކެވެ. މި އީމެއިލުގައ އިސްތިއުނާފުރައްދުވި ފަރާތުން ބުނެފައި އޮންނަނީ: “Please prepare an invoice against payment made in Bangkok and we will revert with endorsement and a receipt for the same” އިސްތިއުނާފުކުރާ ފަރާތުން ފާހަގަ އެކުރާ 1,000,000 THB (އެއްމިލިއަނ ތައް ބާތު) އަކާއި USD 30,000.00 (ތިރީސްހާސް އެމެރިކާ ޑޮލަރު)ގެ ވާހަކައެއް ފާހަގަކޮށްފައި އޮތީ މި އީމެއިލުގެ ޖަވާބުގައި އިސްތިއުނާފުކުރާ ފަރާތުން ފޮނުވާފައިވާ އީމެއިލުގައެވެ. އިސްތިއުނާފުކުރާ ފަރާތުން ފާހަގަކޮށްފައި އޮންނަނީ: “Kindly acknowledge payments made by Mr Anon for Island Expert Pvt Ltd in Bangkok Thailand as follows: -Cash payment made in Bangkok last 2017 USD 30,000 th -Cash payment made in Bangkok dated 24 July 2017 THB 1,000,000”

4.12. އިސްތިއުނާފުކުރާ ފަރާތުން އަމިއްލައަށް ފޮނުވާ އީމެއިލެއް އިސް ތިއުނާފުކުރާ ފަރާތުން ފައިސާ ދައްކާފައިވާކަން އެނގޭ ކިތާބީ ހެއްކެއްގެ ގޮތުގައި ބެލުމަކީ ޤާނޫނީ އަދި މަންޠިޤީ އެއްވެސް ހަމައަކުން ހަމަޖެހޭ އުސޫލެއްނޫނެވެ. އަދި އިސްތިއުނާފުކުރާ ފަރާތުން އެ ފާހަގަކުރާ ތާރީޚުގައި އިސްތިއުނާފުކުރާ ފަރާތުން އެ ފާހަގަކުރާ ފައިސާ ދައްކާފައިވާނަމަ އެ ފައިސާ އިސްތިއުނާފުކުރާ ފަރާތުން އަމިއްލައަށް ތައްޔާރުކޮށް ހުށަހަޅާފައިވާ 06 ޖޫން 2018ގެ ތާރީޚުގައި ތައްޔާރުކޮށްފައިވާ ސްޓޭޓްމަންޓް އޮފް އެކައުންޓްސްގައި މި ފައިސާ ފާހަގަކޮށްފައި އޮންނާނެއެވެ. މި ސްޓޭޓްމަންޓް އޮފް އެކައުންޓްސް އަކީ އިސްތިއުނާފުކުރާ ފަރާތުންސޮއިކޮށް ސްޓޭމްޕްކޮށްފައިވާ ޑޮކިއުމަންޓެއްކަމަށް އިސްތިއުނާފުކުރާ ފަރާތުން އެއްބަސްވެއެވެ.

5.12. އިސްތިއުނާފުކުރާ ފަރާތުން އިސްތިއުނާފުރައްދުވާ ފަރާތަށް ދައްކަންޖެހޭ ފައިސާގެ ތެރެއިން އިސްތިއުނާފުކުރާ ފަރާތުން ޑިސްޕިއުޓްކުރާ 1,000,000 THB (އެއްމިލިއަނ ތައް ބާތު) އަކާއި 30,000.00 USD (ތިރީސްހާސް އެމެރިކާ ޑޮލަރު) އުނިކޮށް، އަދި ސިވިލް ކޯޓުގައި އިސްތިއުނާފުރައްދުވާ ފަރާތުން ދަޢުވާކޮށްފައިވާ ޖޫރިމަނާވެސ އެއްކޮށް ކަނޑާލީ ބާކީވާ ފައިސާ ދެއްކުމަށްވެސް އިސްތިއުނާފުކުރާ ފަރާތަށް ސިވިލް ކޯޓުގައި އިސްތިއުނާފުރައްދުވާ ފަރާތުން އެދިފައިވާނެއެވެ. އެހެންނަމަވެސް، އެކަމާމެދު ކުންފުނީގެ އިންސްޓްރަކްޝަން ހޯދަން 01 މަސް ދުވަހަށްވުރެ ގިނަ ދުވަސް ދިނުމަށްފަހު ޝަރީޢަތުގެ އަޑުއެހުމެއް ތާވަލުކުރުމުން އިސްތިއުނާފުކުރާ ފަރާތުން ޙާޟިރުވެސް ވެފައެއްނުވެއެވެ. އެހެންކަމުން، އިސްތިއުނާފުކުރާ ފަރާތުން މި އިސްތިއުނާފު ހުށަހެޅުމުގެ ނިޔަތަކީ ކޮންމެހެން 1,000,000 THB (އެއްމިލިއަނ ތައް ބާތު) އަކާއި USD 30,000.00 (ތިރީސްހާސް އެމެރިކާ ޑޮލަރު) އުނިކުރުމެއްނޫނެވެ. މިކަމުގެ ޙަޤީޤީ ނިޔަތަކީ އިސްތިއުނާފުކުރާ ފަރާތުން ދައްކަންޖެހޭ ފައިސާ ދެއްކުމަށް ވަގުތު ހޯދުމެވެ.

13އިސްތިއުނާފުރައްދުވާ ފަރާތުން އިސްތިއުނާފީ ދެވަނަ ނުކުތާއާ ގުޅިގެން އަންނަނިވި ކަންކަން ފާހަގަކޮށްފައިވެއެވެ.

1.13. އިސްތިއުނާފުކުރާ ފަރާތުން ފޮނުވާފައިވާ އިންވޮއިސްގައި ސާފުކޮށް “If the payment is not made in 03 Maldivian banking days of receipt, a penalty of 3% per day payable from the date of the invoice to the date payment is received, shall be due and payable” މިގޮތަށް ބަޔާންކޮށްފައިއޮވެއެވެ. މި ކްލޯޒްއިން އިސްތިއުނާފުރައްދުވާ ފަރާތަށް އިންކާރެއް ކުރަން އޮވެއްޖެނަމަ އިންކާރުކުރުމުގެ މުއްދަތަކީ 03 (ތިނެއް) ދުވަސްކަން ސާފެވެ. އެހެންނަމަވެސް، އިސްތިއުނާފުކުރާ ފަރާތުން ދިފާޢުގައި ފާހަގަކުރި އީމެއިލު ފޮނުވާފައިވަނީ 05 ސެޕްޓެމްބަރ 2018 ވަނަ ދުވަހުއެވެ. މިއީ، އިންވޮއިސް ފޮނުވާތާ 01 މަހާއި 05 ދުވަސް،އަދި ސިވިލް ކޯޓަށް މައްސަލަ ހުށހެޅުނުތާވެސަ 20 ދުވަސް ފަހެވެ.

2.13. މީގެ އިތުރުން، އިސްތިއުނާފުކުރާ ފަރާތުން ފޮނުވާފައިވާ އީމެއިލުގައި ފާހަގަކޮށްފައި އޮންނަނީވެސް “Kindly remove the fine clause in the statement of accounts as we are in a tight financial situation and can't accept it” މިގޮތަށެވެ. އެހެންކަމުން، ޙަޤީޤަތުގައި ފައިން ކޮލޯޒްގެ ލީގަލިޓީ ނުވަތަ ފައިންއެއް ނެގުމށަ އިސްތިއުނާފުކުރާ ފަރާތުން އެއްވެސް އިރެއްގައި އިންކާރުކޮށްފައެއްނުވެއެވެ.

އިސްތިއުނާފުރައްދުވާ ފަރާތުން އެދޭގޮތް

14އިސްތިއުނާފުރައްދުވާ ފަރާތުން އެދިފައިވަނީ: "ސިވިލް ކޯޓުގެ ނަންބަރު C/2018-Cv/3565 ޤަޟިއްޔާގެ ޙުކުމަށް ބަދަލުގެންނަންޖެހޭ ފަދަ ޝަރުޢީ ނުވަތަ ޤާނޫނީ ވިޔަސް އެއްވެސް ސަބަބެއް ނެތްކަމަށް ކަނޑައަޅައި ޙުކުމްކޮށްދެއްވުން އަދި އިސްތިއުނާފުކުރާ ފަރާތުން ޑިސްޕިއުޓްކުރާ ފައިސާ އާއި ޖޫރިމަނާ އުނިކުރުމުން ބާކީވާ 49452,992. US$ (ހަތަރުލައްކަ ފަންސާސްދެހާސް ނުވަސަތޭކަ ނުވަދިހަދޭއް އެމެރިކާ ޑޮލަރު ސާޅީސް ނުވައެއް ސެންޓް) އިސްތިއުނާފުރައްދުވާ ފަރާތަށް ދެއްކުމަށް ނުވަތަ އެ މިންވަރުގެ ސެކިއުރިޓީ އެއް ހައިކޯޓުގައި ބެހެއްޓުމުގެ ވަގުތީ އަމުރެއް ނެރެދެއްވުމަށް އިސްތިއުނާފުރައްދުވ ފަރތުނާ އެދެއެވެ." ޝަރީޢަތުން ރިޢާޔަތްކޮށްފައިވާ ކަންކަން މުޢާމަލާތުގެ ޠަބީޢަތް

15HN1އައިލެންޑް އެކްސްޕަރޓް ޕްރައިވެޓް ލިމިޓެޑާއި ފްލައިންގ ފްލީޓް ޝިޕިންގ އެންޑް ލޮޖިސްޓިކްސް ޕްރައިވެޓް ލިމިޓެޑާ ދެމެދު ލިޔުމުން ވެވިފައިވާ އެއްބަސްވުމެއް އޮތްކަން އެނގޭކަށްނެތެވެ. އަދި އެފަދަ އެއްބަސްވުމެއް ވެފައިނުވާނެކަން މި ދެފަރާތުގެ ބަހުން ސާފުކޮށް އެނގެންއޮވެއެވެ. ނަމަވެސް، މި ދެފަރާތުގެ ދެމެދު ދަޢުވާގައި ބަޔާންކޮށްފައިވާ ތަކެތި ސަޕްލައިކުރުމުގެ މުޢާމަލާތް ހިނގާފައިވާކަމީ ދެބަސްވުމެއް އޮތްކަމެއް ނޫނެވެ. އިސްތިއުނާފީ ދަޢުވާގެ ޖަވާބު ހުށަހަޅާ ފޯމުގެ 5 ވަނަ ނަންބަރު

16މި މުޢާމަލާތުގެ ބައިވެރިންނަށް ބަލާއިރު، ޚިދުމަތް ފޯރުކޮށްދޭ ފަރާތަކީ ފްލައިންގ ފްލީ ޓް ޝިޕިންގ އެންޑް ލޮޖިސްޓިކްސް ޕްރައިވެޓް ލިމިޓެޑުކަން އެނގެއެވެ. އަދި ޚިދުމަތް ލިބިގަންނަ ފަރާތަކީ އައިލެންޑް އެކްސްޕަރޓް ޕްރައިވެޓް ލިމިޓެޑުކަން އެނގެއެވެ. ފްލައިންގ ފްލީޓް ޝިޕިންގ އެންޑް ލޮޖިސްޓިކްސް ޕްރައިވެޓް ލިމިޓެޑުނަ ފޯރުކޮށްދޭ ޚިދުމަތަކީ ހިލަޔާއި ހިލަވެއްޔާއ ސިމެންތި ސަޕްލައިކޮށްދިނުމެވެ.

17ކޮންޓްރެކްޓަކީ ދެމީހެއްގެ ދެމެދުގައި ނުވަތަ ދެމީހަކަށްވުރެ ގިނަ ބައެއްގެ މެދުގައި އެއްބަސްވެވޭ އެއްބަސްވުމެއްކަމާއި އަދި އެ އެއްބަސްވުމަކީ ޤާނޫނު ޤަބޫލުކުރާ، ނުވަތަ ޤާނޫނު ބާރުދޭ އެއްބަސްވުމަކަށްވެސް ވާންވާނެކަނ އެނގެއެވެ.

18އައިލެންޑް އެކްސްޕަރޓް ޕްރައިވެޓް ލިމިޓެޑާއި ފްލައިންގ ފްލީޓް ޝިޕިންގ އެންޑް ލޮޖިސްޓިކްސް ޕްރައިވެޓް ލިމިޓެޑާދެމެދު ހިނގާފައިވާ މުޢާމަލާތުގެ ޠަބީޢަތަށް ބަލާއިރު، މިއީ މުދާ ފޯރުކޮށްދިނުމަށް ދެފަރާތުގެ ދެމެދަ ކުރެވުނު މުޢާމަލާތެއްކަން އެނގެއެވެ. މި މުޢާމަލާތު ގެބައިވެރިންނަށް ބަލާއިރު، ފްލައންގ ފްލީޓް ޝިޕިންގ އެންޑް ލޮޖިސްޓިކްސް ޕްރައިވެޓްލިމިޓެޑަކީ ސަރވިސް ޕްރޮވައިޑަރ (ޚިދުމަތް ދޭފަރާތް)އެވެ. ނުވަތަ ސަޕްލަޔަރެވެ. އަދި އައިލެންޑް އެކްސްޕަރޓް ޕްރައިވެޓް ލިމިޓެޑަކީ ކަސްޓަމަރ (ޚިދުމަތް ލބިގަންނި ފަރާތް)އެވެ. ނުވަތަ ބަޔަރ (މުދާ ގަންނަ ފަރާތް)އެވެ.

ޚަޞްމުންގެ މެދުގައި ޚިލާފެއް ނެތް ކަންކަން

19އަންނަނިވި ކަންކަމާމެދު ޚަޞްމުންގެ މެދުގައި އެއްވެސް ޚިލާފެއް ނެތްކަން އެނގެންއޮވެއެ ވެ. އެކަންކަމަކީ:

1.19. ދަޢުވާގައި ބުނާ މުދަލަށް އެދުނުކަމާމެދު

2.19. ދަޢުވާގައި ބުނާ މުދާ ފޯރުކޮށްދިންކަމާމެދު

3.19. ދަޢުވާގައި ބުނާ މުދަލުގެ އަގާމެދު

4.19. ދަޢުވާކުރިފަހުން 30000 ޑޮލަރު ދައްކާފައިވާކަމާމެދު ޤާނޫނު ނަންބަރު 91/4 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 2 ވަނަ މާއްދާ ޚަޞްމުންގެ މެދުގައި ޚިލާފުހުރި ކަންކަން

20އަންނަނިވި ކަންކަމާމެދު ޚަޞްމުންގެ މެދުގައި ޚިލާފުއުފެދިފައިވާކަން އެނގެންއޮވެއެވެ. އެކަންކަމަކީ:

1.20. ދައްކަންޖެހި ނުދައްކައިވާ ޢަދަދާމެދު

2.20. ޑިލޭ ޑެމެޖާސް ނަގައިދިނުމާމެދު އިސްތިއުނާފީ ނުކުތާތަކާމެދު ޝަރީޢަތުން ރިޢާޔަތްކޮށްފައިވާ ގޮތް

21އިސްތިއުނާފީ ފުރަތަމަ ނުކުތާއަށް ބަލާއިރު، އެ ނުކުތާގެ މައިގަނޑު އަސާސަކީ ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ)ގެ 1 ވަނަ ނަންބަރާ ޚިލާފަށް ސިވިލް ކޯޓުން ޙުކުމްކޮށްފައިވާކަމަށް އިސްތިއުނާފުކުރާ ފަރާތުން ބުނާ ބުނުމެވެ. ޙަވާލާދީފައިވާ މާއްދާގައި ބުނެފައިވަނީ ފަނޑިޔާރުކަމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި މައްސަލާގައި ހުށަހެޅިފައިވާ ހެއްކާއި ޤަރީނާއަށް ފަނޑިޔާރު ރިޢާޔަތްކުރަންވާނެކަމަށެވެ.

22މިގޮތުން، އިސްތިއުނާފުކުރާ ފަރާތުން ފާހަގަކުރާ ނުކުތާއަކީ ނަގުދު ފައިސާއިން 00.30,000 USD (ތިރީސްހާސް) އެމެރިކާ ޑޮލަރާއި، އަދި THB 1,000,000 (އެއްމިލިއަނ ތައް ބާތު) ދައްކާފައިވާއިރު، އެ ފައިސާ ދެއްކިކަން އަންގައި ފޮނުވާފައިވާ އީމެއިލުގެ ކޮޕީ ދަޢުވާގެ ޖަވާބުގެ ޑޮކިއުމަންޓް 1 ގެ ގޮތުގައި ހުށަހަޅާފައިވާއިރު، އެ ލިޔުމަށް މައްސަލަ ބެލި ޤާޟީ ރިޢާޔަތްކޮށްފައިނުވާކަމަށް ބުނެ ފާހަގަކުރާ ނުކުތާއެވެ.

23ސިވިލ ކޯޓަށް ހުށަހެޅުން ދަޢުވާފޯމާއެކު ޑޮކިއުމަންޓް 1 ގެ ގޮތުގައި ހުށަހަޅާ ފައިވަނީ ބެލެންސް ކޮންފަރމޭޝަން ސްޓޭޓްމަންޓެއްކަން އެނގެންއޮވެއެވެ. އަދި އެ ސްޓޭޓްމަންޓަކީ އައިލެންޑް އެކްސްޕަރޓް ޕްރައިވެޓް ލިމިޓެޑުގެ ޑޮކިއުމަންޓެއްކަން އެނގެއެވެ. އެ ސްޓޭޓްމަންޓް އަކީ 06 ޖޫން 2018 ގެ ނިޔަލަށް ބެލެންސް ބަޔާންކޮށްފައިވާ ސްޓޭޓްމަންޓެކެވެ. އެގޮތުން، ފްލައިންގ ފްލީޓް ޝިޕިންގ އެންޑް ލޮޖިސްޓިކްސް ޤާނޫނު ނަންބަރު 2010/13 ޕްރައިވެޓް ލިމިޓެޑަށް US$ 515,147.99 (ފަސްލައްކަ ފަނަރަހާސް އެއްސަތޭކަ ސާޅީސް ހަތެއް އެމެރިކާ ޑޮލަރު ނުވަދިހަ ނުވައެއް ސެންޓް) އައިލެންޑް އެކްސްޕަރޓް ޕްރައިވެޓް ލިމިޓެޑުން ދައްކަންޖެހި ނުދައްކައިވާކަން އެ ޑޮކިއުމަންޓުން އެނގެންއޮވެއެވެ.

24HN2ބުނެވިދިޔަ ތާރީޚް ކަމުގައިވާ 06 ޖޫން 2018 ގެ ފަހުން ބަޔާންވެދިޔަ ފައިސާގެ ތެރެއިން އެއްވެސް މިންވަރެއްގެ ފައިސާއެއް އަދާކޮށްފައި ވާނަމަ އެކަން ޝަރީޢަތަށް ސާބިތުކޮށްދިނުމަކީ އައިލެންޑް އެކްސްޕަރޓް ޕްރައިވެޓް ލިމިޓެޑުގެ ޒިންމާއެކެވެ.

25HN3ނަގުދު ފައިސާއިން 30,000.00 USD (ތިރީސްހާސް) އެމެރިކާ ޑޮލަރާއި 1,000,000 THB (އެއްމިލިއަނ ތައް ބާތު) ދައްކާފައިވާކަމަށް އައިލެންޑް އެކްސްޕަރޓް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ބުނެފައިވާއިރު ބުނެވިދިޔަ ފައިސާގެ ޢަދަދުގެ ތެރެއިން USD 30,000.00 (ތިރީސްހާސް) އެމެރިކާ ޑޮލަރު ލިބިފައިވާކަމަށް ފްލައިންގ ފްލީޓް ޝިޕިންގ އެންޑް ލޮޖިސްޓިކްސް ޕްރައިވެޓް ލިމިޓެޑުން ބުނެފައިވުމުން، އެކަމަށް އިތުރު ހެއްކެއް ހުށަނޭޅިކަމުގައި ވީނަމަވެސް، ފައިސާ ލިބެންޖެހޭ ފަރާތުގެ އިޢުތިރާފުން USD 30,000.00 (ތިރީސްހާސް) އެމެރިކާ ޑޮލަރު ލިބިފައިވާކަން ސާފުކޮށް އެނގެއެވެ. ނަމަވެސް، THB 1,000,000 (އެއްމިލިއަނ ތައް ބާތު) ލިބިފައިވާކަމަށް ފައިސާ ލިބެންޖެހޭ ފަރާތުން އިންކާރުކޮށްފައިވެއެވެ.

26އެހެންކަމުން، ދެން އުފެދޭ ސުވާލަކީ އައިލެންޑް އެކްސްޕަރޓް ޕްރައިވެޓް ލިމިޓެޑުން ދެއްކިކަމަށް ބނު THB 1,000,000 (އެއްމިލިއަނ ތައް ބާތު) އާމެދު އުފެދޭ ސުވާލެވެ. މިގޮތުން، އެ ފައިސާ ދެއްކިކަމުގެ ހެއްކެއްގެ ގޮތުގައި އައިލެންޑް އެކްސްޕަރޓް ޕްރައިވެޓް ލިމިޓެޑުން ހުށަހަޅާފައިވާ ހެއްކަށް ޝަރީޢަތުން ރިޢާޔަތްކޮށްފައިނުވާކަމަށް ފްލައިންގ ފްލީޓް ޝިޕިންގ އެންޑް ލޮޖިސްޓިކްސް ޕްރައިވެޓް ލިމިޓެޑުން ބުނެފައިވާ ބުނުމަށް ބަލާއިރު، އެ ފައިސާ ދެއްކިކަމަށް ބުނެ ހެއްކެއްގެ ގޮތުގައި ހުށަހަޅާފައިވަނީ ހަމައެކަނި އައިލެންޑް އެކްސްޕަރޓް ޕްރައިވެޓް ލިމިޓެޑުން ފޮނުވާފައިވާ އީމެއިލެއްކަން އެނގެންއޮވެއެވެ. އެހެންކަމުން، އެ އީމެއިލަކީ ފައިސާ ދެއްކި ކަމުގެ ކިތާބީ ހެއްކެގ ގޮތުގައެ ބެލިދާނެ ޑޮކިއުމެންޓެއްކަމަށް އަހުރެންނަކަށް ޤަބޫލެއްނުކުރެވެއެވެ. އަދި އެ ފައިސާ ދެއްކިކަމަށް ބުނާ ތާރީޚަށް ބަލާއިރު، އެ ފައިސާ ދައްކާފައިވަނީ 24 ޖުލައި 2017 ގައި ކަމަށް ބުނެފައިވާއިރު، އޭގެ ފަހުގެ ތާރީޚއްކަމުގައިވެ 06 ޖޫން 2018ގައި އައިލެންޑް އެކްސްޕަރޓް ޕްރައިވެޓް ލިމިޓެޑުން އަމިއްލައަށް ތައްޔާރުކޮށްފައިވާ ސްޓޭޓްމަންޓް އޮފް އެކައުންޓްސްގައިވެސް އެ ފައިސާ ހިމެނިފައި ނުވާކަން އެނގެން އޮވެއެވެ. އެހެންކަމުން، އެ އީމެއިލަށް ރިޢާޔަތްކޮށްފައި ނެތްކަމަށް ބުނެފައިވާއިރު، އެ އީމެއިލަށް ރިޢާޔަތްކުރިނަމަވެސް، އެ ފައިސާއަކީ ދައްކައި ޚަލާޞްކޮށްފައިވާ ފައިސާއެއްކަމުގައި ބެލެވިދާނެ ޤާނޫނީ ހަމައެއް އޮތްކަމަކަށް އަހުރެން ނުދެކެމެވެ. އެހެންކަމުން، ސިވިލް ކޯޓުގެ ޙުކުމުގައިވާ ފަދައިން ފްލައިންގ ފްލީޓް ޝިޕިންގ އެންޑް ލޮޖިސްޓިކްސް ޕްރައިވެޓް ލިމިޓެޑުން ސަޕްލައި ކޮށްފައިވާ މުދަލަށް ދައްކަންޖެހި ނުދައްކައިވާ ފައިސާގެ ޢަދަދަކީ 485,147.99 US$ (ހަތަރުލައްކަ އަށްޑިހަފަސްހާސް އެއްސަތޭކަ ސާޅީސް ހަތެއް އެމެރިކާ ޑޮލަރުނުވަދިހަ ނުވައެއް ސެންޓް) ކަމުގައި އަހުރެންނަށް ޤަބޫލުކުރެވެއެވެ.

27HN4ސިވިލ ކޯޓުގް ޙުކުމުގައި ބުނެވިދިޔަ އެއް މިލިއަން ތައި ބާތ މެދާ ޝަރީޢަތުން ނިންމިގތެއް ބަޔާންކުރުމަކޮ އެންމެ ރަނގަޅު ގޮތްކަމަށް އަހުރެންދެކެމެވެ. ޝަރީޢަތަށް ހުށަހެޅޭ ހެކި ޤަރީނާތައް ވަޒަންކޮށް އެ ހެކިތަކާއި ޤަރީނާތަކާމެދު ޝަރީޢަތުން ނިންމާގޮތެއް ސާފުކޮށް ބަޔާންކުރުމަކީ އެންމެ ޢަދުލުވެރި އިންސާފުވެރި ގޮތެވެ. އަދި ޤާނޫނީ ގޮތުން އެކަން ކުރަންޖެހޭ ގޮތަކީވެސ އެއް ކަމުގައި އަހުރެންނަށް ޤަބޫލުކުރެވެއެވެ.

28އިސްތިއުނާފީ ދެވަނަ ނުކުތާއަށް ބަލާއިރު، އެ ނުކުތާގެ މައިގަނޑު އަސާސަކީ ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނގު 5 ވަނަ މާއްދާގެ (ށ)ގެ 1 ވަނަ ނަންބަރާއި 2 ވަނަ ނަންބަރަށް ރިޢާޔަތްކުރުމެއްނެތި ސިވިލް ކޯޓުން ޙުކުމްކޮށްފައިވާކަމަށް އިސްތިއުނާފުކުރާ ފަރާތުން ބުނާ ބުނުމެވެ. މިގޮތުން، އިސްތިއުނާފުރައްދުވާ ފަރާތަށް ދައްކަންޖެހޭ ފައިސާގެ ޖުމްލަ ޢަދަދު ޝަރުތު ޖަޒާއީގެ ގޮތުގައި ދުވާލަކަށު 3 އިންސައްތަ ނަގައިދޭން ކަނޑައަޅައި އެގޮތުގެމަތިން ސިވިލް ކޯޓަށް ދަޢުވާކުރުމާ ހަމައަށް 200,907.59 US$ ނަގައިދޭން ކަނޑައަޅާފައިވަނީ އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާފައިވާ ހެއްކާއި ނުވަތަ ޤަރީނާތަކަށާއި އަދި ޤާނޫނު ނަންބަރު 2010/13 ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު A/16-SC/2015 ޤަޟިއްޔާއަށް ރިޢާޔަތްނުކޮށް ކަމަށް ބުނެފައިވެއެވެ.

29HN6ބުނެވިދިޔ ނުކުތާއަ ގުޅިގެނާ އެންމެ ފުރަތަމަ އުފެދޭ ސުވާލަކީ ޑިލޭ ޑެމެޖާސްގެ ގޮތުގައި ވަކި މިންވަރެއް ނެގުމާ މެދު މި ދެފަރާތުގެ ދެމެދު އެއްވެސް ސިފައެއްގައި އެއްބަސްވުމެއް ވެފައި އޮތް ތޯ އުފެދޭ ސުވާލެވެ. އެގޮތުން، ޞަރީޙަކޮށް ނުވަތަ ޟިމްނީކޮށް ނަމަވެސް ޑިލޭ ޑެމެޖާސް ނެގުމާމެދު މި ދެފަރާތުން އެއްބަސްވުމެއް ވެފައި އޮތްތޯ ބަލާއިރު، މި ދެފަރާތުގެ ދެމެދު ކުރެވުނު މުޢާމަލާތްތަކަކީ ލިޔުމުން ވެފައިވާ އެއްބަސްވުމެއްނެތަ ކުރެވިފައިވާ މުޢާމަލާތުތަކެއްކަން ދެފަރާތުގެ ބަހުންވެސް ސާފެވެ. އަދި މުޢާމަލާތްތަކާ ގޅިގެނު އިންވޮއިސެއްވެސް ފޮނުވިފައިވާކަނ އެނގޭކަށް ނެތެވެ.

30HN5މުޢާމަލާތްތަކާއި ގުޅިގެނި ތައްޔާރުކުރެވޭ މުސްތަނަދުތަކުގެ ތެރެއިން މުޢާމަލާތެއްގެ ބައިވެރިން ނުވަތަ ބައިވެރިޔަކު އެ މުޢާމަލާތާއި ގުޅިގެން އެކުލަވާލާ ނުވަތަ ތައްޔާރުކުރާ، ސިޓީތަކާއި، މެސެޖްތަކާއި، އިންވޮއިސްތަކާއި، އެކައުންޓް ފޮތްތަކާއި، އެކައުންޓް ސްޓޭޓްމަންޓްތަކާއި، ޕަރޗޭސް އޯޑަރުތައްފަދަ މުސްތަނަދުތަކަކީ، އެ މުސްތަނަދުތަކުގައި ވާރިދުވެފައިވާ ބަޔާންތަކާއި ވަޤާއިޢުތަކުގެ އިދިކޮޅު ސާބިތުނުކޮށްދެވޭހާ ހިނދަކު، ޞައްޙަ ބަޔާންތަކާއި ވަޤާއިޢުތައް ކަމުގައި ޤާއިމްވާ ޙުއްޖަތެއްކަމަށް ބެލެވިގެންދާނެކަން އެނގެއެވެ.

31ޑިލޭ ޑެމެޖާސްގެ ވާހަކަ ބަޔާންކޮށްފައިވަނީ ފްލައިންގ ފްލީޓް ޝިޕިންގ އެންޑް ލޮޖިސްޓިކްސް ޕްރައިވެޓް ލިމިޓެޑުން ތައްޔާރުކޮށްފައިވާ ސްޓޭޓްމަންޓް އޮފް އެކައުންޓްސްގައެވެ. ސްޓޭޓްމަންޓް އޮފް އެކައުންޓްސް އަކީ ކަސްޓަމަރާއެކު ކުރެވިފައިވާ މުޢާމަލާތްތައް ރަމްޒުކޮށްދޭ ޑޮކިއުމެންޓެކެވެ. ޢާންމުކޮށް ވިޔަފާރިތަކުން ސްޓޭޓްމަންޓް އޮފް އެކައުންޓްސް ފޮނުވަނީ ކަސްޓަމަރު އެ ވިޔަފާރިއަކަށް ދައްކަންޖެހި ނުދައްކައިވާ ޢަދަދު ބަޔާންކޮށްދިނުމުގެ ގޮތުންނެވެ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2015/SC-A/02 ޤަޟިއްޔާއާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު A/357-HC/2018 ޤަޟއްޔި

32އެހެންކަމުން، ސްޓޭޓްމަންޓް އޮފް އެކައުންޓްސް ފޮނުވެނީ ނުވަތަ ހިއްސާކުރެވެނީ ކުރިން ހިންގައި ގޮސްފައިވާ މުޢާމަލާތަކާ ގުޅިގެންކަން އެނގެއެވެ. ނަމަވެސް، ސްޓޭޓްމަންޓް އޮފް އެކައުންޓްސްގެ މަޤްޞަދާއި ޠަބީޢަތަށް ބާލައިރުވެސް، ކުރިން ކުރި މުޢާމަލާތާ ގުޅިގެން، ކުރިން ބަޔާންވެފައި ނެތް ޖަޒާއީ ޝަރުޠެއް ސްޓޭޓްމަންޓް އޮފް އެކައުންޓްސްގައި ބަޔާންކޮށް އެ މައްޗަށް ޖޫރިމަނާގެ ފައިސާ ނަގައިދިނުމަކީ ޢާންމުކޮށް ކަންކުރަމުން އަންނަ އިސްތިޤްރާރުވެފައިވާ ހަމަތަކާވެސް ބީރައްޓެހި ގޮތެއްކަމުގައި އަހުރެންނަށް ޤަބޫލުކުރެވެއެވެ.

33ދެފަރާތެއްގެ ދެމެދުގައި ކުރިން ކުރެވިފައިވާ މުޢާމަލާތަކާ ގުޅިގެން، އެ މުޢާމަލާތުގެ ބައިވެރިންގެ މެދުގައި ކުރިން އެއްބަސްވެފައިނެތްކަމެއ ނުވަތް ނެތް އިލްތިޒާމެއް ސްޓޭޓްމަންޓް އޮފް އެކައުންޓްސްފަދަ ލިޔުންތަކުގައި އަލަށް ތަޢާރަފުކޮށް އެ މުޢާމަލާތުގެ އަނެއް ބައިވެރިޔާގެ މައްޗަށް ފަހުން އިތުރު ކަންކަން ލާޒިމުވާގޮތަށް ޢަމަލުކުރެވިދާނެކަމަށް އަހުރެންނަކަށ ޤަބޫލެއް ނުކުރެވެއެވެ. އެހެނީ، އެކަން އެގޮތަށް ކުރިއަށް ގެންދެވިދާނެކަމަށް ބަލައިފިނަމަ، ކުރެވޭ މުޢާމަލާތަކާ ގުޅިގެން ކުރިން އަދާކުރަން ޖެހޭ އިލްތިޒާމުގެ ގޮތުގައި އެނގިފައިނެތ އެތައް ކަމެއް ހިފެހެއްޓުމެއްނެތި ލާޒިމުވެގެން އައުމުގެ އިޙްތިމާލު އޮންނާނެއެވެ.

34ކޮންމެ މުޢާމަލާތަކީވެސް ވަކި ހިސާބަކުން ފައިނަލްކުރެވޭގޮތަށ އޮންން މުޢާމަލާތަކަށް ވީހިނދު، މުޢާމަލާތް ފައިނަލްކުރެވުމަށްފަހު، އެ މުޢާމަލާތަށް އިތުރު ޝަރުޠުތައް އެ މުޢާމަލާތުގެ އެއްބައިވެރިޔަކަށް، އަނެއް ބައިވެރިޔާގެ ރުހުމާއި ޤަބޫލުނެތި އިތުރުކުރެވިގެންވާނެކަމަށ ޤާނޫން އަދި ޝަރުޢީ ހމަތަކުންވެސަ އަހުރެންނަކަށް ޤަބޫލެއްނުކުރެވެއެވެ. އަދި އެކަން ބުއްދީގެ ހަމައަކުންވެސް ޤަބޫލެއްނުކުރެވެއެވެ.

35HN7ފްލައިންގ ފްލީޓް ޝިޕިންގ އެންޑް ލޮޖިސްޓިކްސް ޕްރައިވެޓް ލިމިޓެޑަށް ދައްކަންޖެހޭ ފައިސާގެ ޖުމްލަ ޢަދަދު ޝަރުތު ޖަޒާއީގެ ގޮތުގައި ދުވާލަކަށް 3 އިންސައްތަ ނަގައިދޭން ކަނޑައަޅައި އެގޮތުގެމަތިން ސިވިލް ކޯޓަށް ދަޢުވާކުރުމާ ހަމައަށް US$ 200,907.59 (ދެލައްކަ ނުވަސަތޭކަ ހަތެއް އެމެރިކާ ޑޮލަރު ފަންސާސް ނުވައެއް ސެންޓް) ނަގައިދޭން ކަނޑައަޅާފައިވަނީ ރަނގަޅަށް ނޫންކަމަށް އަހުރެންނަށް ޤަބޫލުކުރެވެއެވެ.

36އިސްވެ ފާހަގަ ކުރެވުނު ކަންކަން އެގޮތުގައި ހުރުމުން ސިވިލް ކޯޓުގެ ޙުކުމަށް ބަދަލު ގެންނަންޖެހޭ ފަދަ ޤާނޫނީ އަދި ޝަރުޢީ ސަބަބުތައް ހުރިކަމަށް އަހުރެންނަށް ޤަބޫލުކުރެވެއެވެ.

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

ޝަރީޢަތުގެ ވީޑިއޯ

މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.

ޝެއަރ ކުރައްވާ