މުއިރީ ޕވޓ ލޓޑ ވ. ލިއޯ ޓްރޭޑިންފ ޕވޓ ލޓޑ
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- ސިވިލް ކޯޓު 2420/Cv-C/2016
- ފަހުގެ ތާރީޚު
- ސުޕްރީމް ކޯޓު: 2021/SC-A/94 — ހައިކޯޓުގެ ޙުކުމް ދަމަހައްޓާފައި
ކޯ ޓާމްސް
ޚުލާޞާ
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ސެޓްލްމަންޓް އެއްބަސްވުމެއްގެ ޖަޒާއީ ޝަރުޠުގެ ދަށުން ދުވާލަކަށް %1 ގެ ޖޫރިމަނާ ނަގައިދިނުމަށް ސިވިލް ކޯޓުން ނިންމާފައިވަނީ ސުޕްރީމް ކޯޓުގެ 2015/SC-A/16 (އައި އެންޑް ޓީ މެނޭޖްމަންޓް ވ މައިކްރޯ އިންވެސްޓްމަންޓް) ޤަޟިއްޔާގެ އުޞޫލާއި ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ނ) އާއި (ރ) އާ ޚިލާފަށްތޯ؛ އަދި ޖޫރިމަނާ ނަގައިދިނުމާމެދު ކުރިން ކޯޓުގެ ޑިސްޕިއުޓް ރިސޮލިއުޝަން މަރުޙަލާގައި ދެފަރާތް އެއްބަސްވެ ޙުކުމަކުން ކަނޑައެޅިފައިވާއިރު، އޭގެ ޞައްޙަކަމާމެދު ފަހުގެ މައްސަލައެއްގައި ސުވާލު އުފެއްދޭތޯ.
ނިންމުން
ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައިއިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ޙުކުމް ޤާއިމް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ނ) އާއި (ރ) އާއި ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) ގެ (2) ގެ ދަށުން ދަށު މަރުޙަލާގެ ކޯޓުތަކުން މަތީ މަރުޙަލާގެ ނިންމުންތަކަށް ތަބަޢަވާން ޖެހޭނަމަވެސް، މައްސަލައިގެ މުހިންމު ވާޤިޢާތައް (މެޓީރިއަލް ފެކްޓްސް) ތަފާތުނަމަ، އެ ތަފާތު ބަޔާންކުރުމަށްފަހު މަތީ ކޯޓުގެ ނިންމުމާ އެއްގޮތަށް ޢަމަލުނުކުރުމުގެ ފުރުޞަތު ދަށު ކޯޓަށް ލިބިގެންވެއެވެ. (ސުޕްރީމް ކޯޓުގެ 2019/SC-A/15 ގެ 50 ވަނަ ޕެރެގްރާފަށް ރުޖޫޢަކޮށް)
HN2 ޖޫރިމަނާގެ ޢަދަދު ހިމެނޭ މާއްދާއަކީ ޝަރުޢީ ކޯޓެއްގެ ޙުކުމަކުން ބަލައިގަނެ ގޮތެއް ކަނޑައެޅިފައިވާ މާއްދާއަކަށް ވާނަމަ، އެ މާއްދާގެ ޞައްޙަކަމާމެދު ސުވާލު އުފެއްދުމަށް ސުޕްރީމް ކޯޓުގެ 2015/SC-A/16 ޤަޟިއްޔާގައި (ތަޢައްސުފުވެ ގެއްލުމާ ނުބައްދަލު ބަދަލު ކަނޑައެޅުމާބެހޭ) ކަނޑައަޅާފައިވާ އުޞޫލު ތަޠުބީޤުނުކުރެވޭނެއެވެ؛ މިއީ މެޓީރިއަލް ފެކްޓްސް ތަފާތުކުރެވޭ ޙާލަތެކެވެ.
HN3 ޝަރުޢީ މަރުޙަލާގެ ތެރެއިން ޙައްލު ހޯދައިދިނުމަށް އުފައްދާފައިވާ ސުލްޙައިގެ (ޑިސްޕިއުޓް ރިސޮލިއުޝަން) މަރުޙަލާގައި ދެފަރާތް އެއްބަސްވެ ނިންމާފައިވާ ނިންމުންތަކަށް، ހަމަ އެ ކަމުގައި ފަހުން ތަޢުނުކުރުމުގެ ފުރުޞަތު ދީފިނަމަ ނޭދެވޭ ނަތީޖާއެއް ނިކުންނާނެއެވެ؛ އެ ޙުކުމް އިސްތިއުނާފުނުކޮށް އޮތްއިރު، އޭގައި ކަނޑައެޅިފައިވާ ކަމެއް ފަހުގެ މައްސަލައެއްގެ ތެރެއިން ބަދަލުކުރެވިދާނެ ޤާނޫނީ އުޞޫލެއް ނެތެވެ.
HN4 ސުޕްރީމް ކޯޓުގެ 2020/SC-A/28 (ޙަސަން ޢަލީމަނިކު ވ އަޙްމަދު ޖަނާޙް) ޤަޟިއްޔާގެ އަޤްލަބިއްޔަތު ރައުޔުގައި، ފައިސާ ނުދައްކައިފިނަމަ އިތުރަށް ފައިސާ ދައްކަންޖެހޭ މާއްދާއަކީ ލިކުއިޑޭޓެޑް ޑެމޭޖަސްގެ މާއްދާއެއްނަމަ ބަދަލު ނަގައިދެވިދާނެ ކަމަށާއި، ޕެނަލްޓީ ކްލޯޒެއްނަމަ ނަގައިނުދެވޭނެ ކަމަށް ކަނޑައަޅާފައިވީނަމަވެސް، ޑިސްޕިއުޓް ރިސޮލިއުޝަން މަރުޙަލާގެ ޙުކުމަކުން ޖޫރިމަނާ ނެގުމާމެދު ގޮތެއް ނިމިފައިވާ ޙާލަތެއްގައި އެ އުޞޫލު ތަޠުބީޤުކުރުމަށް ޤާނޫނީ ހުރަހެއް އެޅޭނެއެވެ.
HN5 ޖަޒާއީ ޝަރުޠެއްގެ ދަށުން ގެއްލުމުގެ ބަދަލު ނަގައިދިނުމަކީ ދިވެހި ކޯޓުތަކުން އެކި ދުވަސްވަރު އެކިގޮތަށް މާނަކޮށް ތަންފީޛުކުރަމުން އައި މަބްދައެއް ކަމަށާއި، އެ މަޢުޟޫޢުގައި އެއްގޮތްކަން ގެނައުމަށް ސުޕްރީމް ކޯޓުން ފަހުން ނިންމާފައިވާ ޤަޟިއްޔާތަކުގައި އުޞޫލުތައް ކަނޑައަޅުއްވާފައިވާ ކަމަށް ކޯޓުން ފާހަގަކުރެއްވިއެވެ.
ވަކީލުންނާއި ފަނޑިޔާރުން
- ވަކީލުން
- —
- ބެންޗު
- ފާޠިމަތު ފަރްހީޒާ، މުޙައްމަދު ނިޔާޒް، ޙަސަން ޝަފީޢު
- ރިޔާސަތު
- —
- ރައުޔު ލިޔުނު ފަނޑިޔާރު
- ފާޠިމަތު ފަރްހީޒާ · ތާއީދުކުރެއްވީ: މުޙައްމަދު ނިޔާޒް، ޙަސަން ޝަފީޢު
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.
ފަނޑިޔާރު ފާޠިމަތު ފަރްހީޒާގެ ރައުޔު : މިރައުޔަށް ފަނޑިޔާރު މުޙައްމަދު ނިޔާޒް އާއި ފަނޑިޔާރު ޙަސަން ޝަފީޢު
ތާއީދުކުރައްވައެވެ.
ތަޢާރުފު
މިއީ، ސިވިލް ކޯޓުގެ ނަންބަރު C/2016-Cv/2420 ޤަޟިއްޔާ ނިމިފައިވާ ގޮތް ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފުކަމަށް ބުނެ، އެ މައްސަލަ އިސްތިއުނާފުކުރުމަށް އެދި މުއިރީ ޕްރައިވެޓް ލިމިޓެޑގު ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ. މިޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ ލިއޯ ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑެ ވެ.
ކަންހިނގާފައިވާ ގޮތް
މުއިރީ ޕްރައިވެޓް ލިމިޓެޑުން ތަރައްޤީކުރަމުންދިޔަ ވަޑިނޮޅު އައިލެންޑް ޕްރޮޖެކްޓްގެ ބޭނުމަށް، މުއިރީ ޕްރައިވެޓް ލިމިޓެޑުން އެދިގެން، ފަހުން ފައިސާ ދައްކާގޮތަށް، މުދަލާއި މެޝިނަރީ ކުއްޔަށް ދިނުމުގެ ޚިދުމަތް ލިއޯ ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑުން ފޯރުކޮށްދީފައިވެއެވެ. މިގޮތުން ފޯރުކޮށްދެވުނު މުދަލާއި ޚިދުމަތުގެ އަގގު ގޮތުގައި US$288,088.51 (ދެލައްކަ އަށްޑިހަ އަށްހާސް އަށްޑިހަ އަށެއް އެމެރިކާ ޑޮލަރު ފަންސާސް އެކެއް ސެންޓް) އާއް 5161228.14ރ. (ފަސްމިލިއަން އެއްލައްކަ ފަސްދޮޅަސް އެއްހާސް ދުއިސައްތަ އަށާވީސް ރުފިޔާ ސާދަލާރި) މުއިރީ ޕްރައިވެޓް ލިމިޓެޑުން އަދ ނުކުރާތީ މިފައިސާ ހޯދުމަށް އެންމެ ފުރަތަމަ ހުށަހެޅުނީ ސިވިލް ކޯޓުގެ ނަންބަރު C/2014-Cv/2133 ޤަޟިއްޔާ އެވެ. ސިވިލް ކޯޓުގެ ނަންބަރު C/2016-Cv/2420 ރިޕޯޓުގައި ހިމެނޭ މައްސަލަ ހުށަހަޅާ ފޯމުގެ 8.1 ވަނަ ނުކުތާ ސިވިލް ކޯޓުގެ ނަންބަރު C/2016-Cv/2420 ރިޕޯޓުގެ ފުރަތަމަ ނުކުތާ މިޤަޟިއްޔާ ހިނގަމުން ދަނިކޮށް، 26 ނޮވެމްބަރު 2014 ގައި ދެފަރާތުގެ މެދުގައި، ކޯޓުން ބޭރުގައި، ސެޓްލްމަންޓް އެގްރީމަންޓެއް ހެދުނެވެ. މިއެގްރީމަންޓްގެ ޕްރިއެމްބަލ ގައް ބަޔާންކޮށްފައިވަނީ އަންނަނިވި ފަދައިންނެވެ. (A) LTPL has supplied goods to Muiri on several occasions from December 2012 to January 2014, for which a total sum of MVR 4,235,773.72 (Maldivian Rufiyaa four million two hundred and thirty five thousand seven hundred and seventy- three and laarees seventy two) and USD 288,088.51 (United States Dollars two Hundred and eighty-eight Thousand and eighty-eight and Cents fifty one)) (collectively referred to as the “Outstanding Sums”) remain outstanding and payable to LTPL as at the date of this Agreement against the invoices listed in Schedule 1 and Schedule 2 attached here to; (B) LTPL has filed a lawsuit at the Civil Court against Muiri under the case number 2133/Cv-C/2014 (herein after referred to as the “Claim”) to recover payment for the unpaid invoices. (C) LTPL and Muiri now wish to execute this Settlement Agreement for the purposes of settling in full any and all issues in respect of and related to the Outanding Sums and the Claim.
24 އެއްބަސްވުމުގެ 1 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ އަންނަނިވި ފަދައިންނެވެ.
1. In consideration of Muiri agreeing and undertaking to pay LTPT the total Outstanding Sums in 11 (eleven) monthly installments equivalent to USD 50,000 (fifty Thousand United States Dollars Only) commencing from December 2014 and a final installment amount equivalent to USD 12,782.01 (Twelve Thousand Seven Hundred and Eighty Two point one Dollars Only) in November 2015 in accordance with this Agreement, LTPL hereby agrees to withdraw the Claim as provided in this Agreement.
34 އެއްބަސްވުމުގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ އަންނަނިވި ފަދައިންނެވެ. 3 3 ސިވިލް ކޯޓުގެ ނަންބަރު 6C/201-Cv/2420 ރިޕޯޓުގައި ހިމެނޭ މައްސަލަ ހުށަހަޅާ ފޯމާއެކު ހުށަހެޅިފައިވާ "dispute agreement for settlement of” ޑޮކިއުމަންޓް
5In the event the payment of any of the installmets is delayed beyond the 15 day of the relevant calender month, Muiri shall pay a fine calculated at the rate of 1% (one percent) of the amount in default for each day the installment remains unpaid. For example, if the installment for January 2015 is delayed beyond 15 January 2015, then a fine of US$ 500/- per day (i.e. 1% of $50,000) will be applied from 16 January until full payment of the installment for January 2015. ދެފަރާތުގެ ދެމެދުގައި ވެވުނު މިއެއްބަސްވުމާ އެއްގޮތަށް ފައިސާ ދައްކަމުން އައިސް ވަކި ހސާބަކުނި މުއިރީ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ފައިސާ ދެއްކިފައިނުވެއެވެ. އެހެންކަމުން ދެން ހުށަހެޅިފައިވަނީ ސިވިލް ކޯޓުގެ ނަންބަރު C/2016-Cv/383 ޤަޟިއްޔާއެވެ. މިމައްސަލަ ހުށަހެޅުނު އިރު މުއިރީ ޕްރައިވެޓް ލިމިޓެޑުން ލިއޯ ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑަށް ދައްކަންޖެހިފައިވާ ފައިސާއަކީ US$162,782.01 (އެއްލައްކަ ފަސްދޮޅަސް ދެހާސް ހަތްސަތޭކަ އަށްޑިހަ ދެ އެމެރިކާ ޑޮލަރު ސުމެއް އެކެއް ސެންޓް ) ޑޮލަރެވެ. މިމައްސަލައިގައި، ޑިސްޕިއުޓް ރިސޮލިއުޝަން މަރުޙަލާގައި، ދެފަރާތަށް އެއްބަސްވުމަކަށް އާދެވިފައިވާތީ އެއެއްބަސްވުމުގެ މަތިން ޢަމަލުކުރުމަށް އަންގައި ކޯޓުން ޙުކުމްކުރިއެވެ. މިގޮތުން ދެފަރާތަށް އެއްބަސްވެވިފައިވަނީ ދައްކަންޖެހިފައިވާ ފައިސާގެ ތެރެއިން US$80,000- (އަށްޑިހަހާސް ޔޫ. އެސް. ޑޮލަރު) 28 އޭޕްރީލް 2016 ގެ ކުރިން ދެއްކުމަށެވެ. އަދި ބާކީވާ US$82,782.01 (އަށްޑިހަ ދެހާސް ހަތްސަތޭކަ އަށްޑިހަ ދޭއް އެމެރިކާ ޑޮލަރު އެކެއް ސެންޓް ) 28 ޖޫން 2016 ގެ ކުރިން ދައްކާ ޚަލާސްކުރުމަށެވެ. އަދި މިތާރީޚަށް ފައިސާ ނުދެއްކިއްޖެނަމަ، ސެޓްލްމަންޓް އެގްރީމަންޓްގެ ދަށުން ޖޫރިމަނާ ހޯދުމަށް ދަޢުވާކުރުމުގެ ޙައްޤު ލިއޯ ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑަށް ލިބިގެންވާކަމަށް މުއިރީ ޕްރައިވެޓުން އެއްބަސްވެ ޑިސްޕިއުޓް މަރުޙަލާގައި ޝަރީޢަތް މެދުވެރިކޮށް ގޮތެއް ނިމިފައިވެއެވެ. މިގޮތުން އެޙުކުމްގައި ބަޔާންވެގެންވަނީ އަނން ނިވަ ފަދައިންނެވެ. " ދެންފަހެ ލިއޯ ޓްރޭޑިންގ ޕްރައިވެޓްލިމިޓެޑް (ރަޖިސްޓްރީ ނަންބަރު 272/2002-C) ން މުއިރީ ޕްރައިވެޓް ލިމިޓެޑު (ރަޖިސްޓްރީ ނަންބަރު 047/2010-C) އަށް ފަހުން ފައިސާ ދައްކާ ގޮތަށް ސަޕްލައިކޮށްފައިވާ މުދަލާއި ދެވިފައިވާ ޚިދުމަތަށް ފައިސާގެ އަދަދާއި ތަފްޞީލް ދެފަރތުނާ އެއްބަސްވި، އެފައިސާ ހޯދުމެ ށ ސިވިލް ކޓަށޯ ހުށަހެޅުމުން ސިވިލް ކޯޓުގައި މައްސަލަ ކުރިއަށް ދަނިކޮށް، ކޯޓުން ބޭރުގައި މައްސަލަ ޙައްލުކުރުމަށް ދެފަރާތުން އެއްބަސްވެފައިވާ އެއްބަސްވުމާއި އެއްގޮތަށް ފައިސާ ދައްކާ ޚަލާޞްކޮށްފައިނުވާތީ، މުދަލާއި ޚިދުމަތުގެ އަގަށްވާ US$ 162,782.01 (އެއްލައްކަ ފަސްދޮޅަސް ދެހާސް ހަތްސަތޭކަ އަށް ޑިހަ ދެ ޔޫ.އެސް.ޑޮލަރު އެކެއް ސެންޓް) އާއި އެއްބަސްވުމާއި އެއްގޮތަށް ފައިސާ ދައްކާފައިނުވާތީ، ޖޫރިމަނާ މުއިރީ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ހޯދުމަށް ލިއޯ ޓްރޭޑިނ ޕްރައިވެޓް ލިމިޓެޑުން ކޮށްފައިވް މިދައުވާއަށް ދައުވާލިބޭ ފަރާތުން ދައްކަންޖެހޭ މުދަލާއި ޚިދުމަތުގެ އަގަށްވާ US$ 162,782.01 (އެއްލައްކަ ފަސްދޮޅަސް ދެހާސް ހަތްސަތޭކަ އަށްޑިހަ ދެ ޔޫ.އެސް.ޑޮލަރު އެކެއް ސެންޓް) 28 އޭޕްރީލް 2016 ވަނަ ދުވަހުގެ ކުރިން US$80,000- (އަށްޑިހަހާސް ޔޫ.އެސް.ޑޮލަރު) ދެއްކުމަށްފަހު، ބާކީ 28 ޖޫން 2016 ވަނަ ދުވަހުގެ ނިޔަލަށް ދައްކާ ޚަލާސްކުރުމަށާއި، މިތާރީޚަށް ދެންނެވުނު ގޮތަށް ފައިސާ ނުދެއްކިއްޖެނަމަ އެއްބަސްވުމާއި އެއްގޮތަށް ފައިސާ ދައްކާފައިނުވާތީ ނަގައިދިނުމަށް އެއްބަސްވެފައިވާ ޖޫރިމަނާ ލިއޯ ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑަށް ހޯދުމުގެ ޙައްޤު ލިބިގެންވާކަމަށް ދައުވާލިބޭ މުއިރީ ޕްރައިވެޓް ލިމިޓެޑުން އެއްބަސްވެ، އެގޮތް ލިއޯ ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑުން ޤަބޫލުކޮށް އެއްބަސްވުމަކަށް އާދެވިފައިވާތީ، ލިއޯ ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑުން މުއިރީ ޕްރައިވެޓް ލިމިޓެޑަށް ފަހުން ފައިސާ ދައްކާ ގޮތަށް ސަޕްލައިކޮށްފައިވާ މުދަލާއި ޚިދުމަތުގެ އަގަށްވާ 162,782.01 US$ (އެއްލައްކަ ފަސްދޮޅަސް ދެހާސް ހަތްސަތޭކަ އަށްޑިހަ ދެ ޔޫ.އެސް.ޑޮލަރު އެކެއް ސެންޓް) ދެފަރާތުން އެއްބަސްވިގޮތަށް، ލިއޯ ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑަށް ލިބިދިނުމަށްޓަކައި 28 އޭޕްރީލް 2016 ވަނަ ދުވަހުގެ ކުރިން US$80,000- (އަށްޑިހަހާސް ޔޫ.އެސް.ޑޮލަރު) އަދި ބާކީ 28 ޖޫން 2016 ވަނަ ދުވަހުގެ ކުރިން ސިވިލް ކޯޓަށް ދައްކާ ޚަލާސް ކުރަން މުއިރީ ޕްރައިވެޓް ލިމިޓެޑަށް އަންގައި، އިސްވެ ބަޔާންކުރި ގޮތަށް މުއިރީ ޕްރައިވެޓް ލިމިޓެޑަށް ފައިސާ ނުދެއްކިއްޖެނަމަ، އެއްބަސްވުމާއި އެއްގޮތަށް ފައިސާ ދައްކާފައިނުވާތީ ނަގައިދިނުމަށް އެއްބަސްވެފައިވާ ޖޫރިމަނާ ލިއޯ ޓްރޭޑިންގ ޕްރައިވެޓް ލިމޓެޑަށި ހޯދުމުގެ ޙައްޤު ލިބިގެންވާކަމަށް ޙުކުމްކޮށްފީއެވެ." 82 ޖޫން 2016 ގެ ނިޔަލަށް ބުނެވުނު C/2016-Cv/383 ޤަޟިއްޔާގައިވާ ފަދައިން ފައިސާ ދައްކާފައިނުވާތީ، ލިއޯ ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑަށް ދައްކަންޖެހިފައިވާ US$162,782.01 (އެއްލައްކަ ފަސްދޮޅަސް ދެހާސް ހަތްސަތޭކަ އަށްޑިހަ ދެ ޔޫ. އެސް. ޑޮލަރު އެކެއް ސެންޓް) ޑޮލަރާއި ސެޓްލްމަންޓް އެއްބަސްވުމުގައިވާ ފަދައިން ޖޫރިމަނާ ފައިސާގެ ގޮތުގައި އެހިނދަށް އަރާފައިވާ 635691.91$US (ހަލައްކަ ތިރީސް ފަސްހާސް ހަސަތޭކަ ނުވަދިހައެކެއް ޑޮލަރު ނުވައެއް އެކެއް ސެންޓް ) ޑޮލަރު ހޯދުމަށް ސިވިލް ކޯޓުގައި ދަޢުވާ ކުރެވުނެވެ. އެއީ އިސްތިއުނާފުކުރެވިފައިވާ ސިވިލް ކޯޓުގެ ނަންބަރު C/2016-Cv/2420 ޤަޟިއްޔާއެވެ. ބުނެވިދިޔަ ފަދައިން، ޝަރީޢަތުގެ މަރުޙލާގައަ ކަންހިނގާފައިވާ ގތުގޮ ޚުލާސާ އަންނަނިވި ތާވަލުން ދައްކުވައިދެއެވެ. ނިމުނު ތާރީޚް ޤަޟިއްޔާ ނަންބަރު މަޢުޟޫޢު ފައިސާގެ ޢަދަދު ނިންމުން 2015-01-05 014C/2-Cv/2133 ޕްރިންސިޕަލް ފައިސާ US$288,088.51 ސުލްޙަވެރިކަމާއެކު ޙައްލުވެ ނިމުނީ ހޯދުމަށް 5,161,228.14ރ. (ސެޓްލްމަންޓް އެގްރީމަންޓް 1) 2016-04-14 6C/201-Cv/383 ސެޓްލްމަންޓް US$162,782.01+ ފައިސާގެ ތެރެއިން US$80,000 - 82 އެގްރީމަންޓާއި ޖޫރިމަނާ އޭޕްރީލް 2016 ގެ ނުދެއްކިޖެނަމަ ޖޫރިމާނާ އެއްގޮތަށް ފައިސާ ފައިސާ ހޯދުމުގެ ޙައްޤު ލިބިގެންވާކަމަށް ނުދައްކައިގެން ކަނޑައަޅައި ލިއޯ ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑާއި މުއީރީ ޕްރައިވެޓް ލިމިޓެޑާއި ދެމެދު 26 ނޮވެމްބަރު 2014 ގައި ވެވުނު ސެޓްލްމަންޓް އެގްރީމްންޓް. 2017-06-13 C/2016-Cv/2420 ނުދެއްކިވާ ފައިސާ US$1,027,996.50 އެކުޖުމުލަ 1,027,996.50 US$ މުއިރީ + ޖޫރިމަނާގެ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ލިއޯ ޓްރޭޑިންގ (އިސްތިއުނާފުކުރެވިފައިވާ އަށް ދައްކަންޖެހޭ ގޮތަށް ކަނޑައަޅައި. މައްސަލަ) ސިވިލް ކޯޓުގެ ނިންމުން: ސިވިލް ކޯޓުގެ ނަންބަރު 6C/201-Cv/2420 ޤަޟިއްޔާ ނިންމާފައިވަނީ، އަންނަނިވި ފަދައިންނެވެ. "ދެންފަހެ، ބުނެވިދިޔަ ކަންކަން އެގޮތުގައި ހުރުމުން، 2015 ވަނަ އަހަރުގެ އޯގަސްޓް، ސެޕްޓެންބަރު، އޮކްޓޯބަރު އަދި ނޮވެންބަރު، މިއިން ކޮންމެ މަހެއްގެ 15 (ފަނަރަ) ވަނަ ދުވަހުގެ ކުރިން ދައުވާލިބޭ މުއިރީ ޕްރައިވެޓް ލިމިޓެޑްއިން ދައުވާކުރާ ލިއޯ ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑަށް އަދާކުރަންޖެހޭ ފައިސާ އެފަރާތުން އަދާކޮށްފައި ނުވާތީ އެކުޖުމްލަ ޖެހޭ 1,027,996.50US$ (އެއްމިލިއަނ ހަތާވީސްހާސް ނުވަސަތޭކަ ނުވަދިހަ ހަޔެއް އެމެރިކާ ޑޮލަރު ފަންސާސް ސެންޓް) އަކީ ޖޫރިމަނާގެ ފައިސާގެ ގޮތުގައި ދައުވާލިބޭ މުއިރީ ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން ދައުވާކުރާ ލިއޯ ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑަށް އަދާކުރަންޖެހޭ ފައިސާކަން ޝަރީޢަތށަ ޘާބިތުވާކަމަށް ކަނޑައަޅައި، ބުނެވުނު 1,027,996.50US$ (އެއްމިލިއަނ ހަތާވީސްހާސް ނުވަސަތޭކަ ނުވަދިހަ ހަޔެއް އެމެރިކާ ޑޮލަރު ފަންސާސް ސެންޓް) ދަޢުވާކުރާ ފަރާތަށް ލިބިދިނުމުގެ ގޮތުން 13 ޖޫން 2017 އިން ފެށިގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި، ސިވިލް ކޯޓަށް ދައްކައި މިދަރަނި ޚަލާސްކުރުމަށް ދައުވާ ލިބުނު މުއިރީ ޕްރައިވެޓް ލިމިޓެޑްއަށް އަންގައި ޙުކުމްކޮށްފީމެވެ." ސިވިލް ކޯޓުގެ ނިންމުން ބިނާކޮށްފައިވަނީ އަންނަނިވ އަސާސްތަކުގެ މައްޗަށް ކަމަށް ބެލެވެއެވެ.
1.9 ސިވިލް ކޯޓުގެ ނަންބަރު C/2016-Cv/383 ޤަޟިއްޔާގައި އެއްބަސްވެވިފައިވާ ތާރީޚަށް ފައިސާ ނުދެއްކިއްޖެނަމަ އެއްބަސްވެފައިވާ ޖޫރިމަނާ ހޯދުމަށް ދަޢުވާކުރުމުގެ ޙައްޤު ލިއޯ ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑަށް ލިބިގެންވާކަމާމެދު މުއިރީ ޕްރައިވެޓް ލިމިޓެޑުން އެއްބަސްވެ މިގޮތް ޤަބޫލުކޮށްފައިވާކަން ސިވިލް ކޯޓުގެ C/2014-Cv/2133 ސިވިލް ކޯޓުގެ C/2016-Cv/383 އިން އެނގޭކަމާއި އެއްބަސްވެވިފައިވާ ގޮތަށް ފައިސާ ދެއްކިފައިނުވާކަނ ކަމަށް މުއިރީ ޕްރައިވެޓް ލިމިޓެޑުން ބުނާ ބނުމަށު ލިއޯ ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑުން އިންކާރުނުކުރާކަނު
9.2 ޖޫރިމަނާ ފައިސާ ހޯދުމަށް ދަޢުވާކުރުމުގެ ޙައްޤު ލިއޯ ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑަށް ލިބިގެންވާކަމަށް ސިވިލް ކޯޓުގެ C/2016-Cv/383 ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވުމުން ޝަރީޢަތުގެ މަރުޙަލާއެއް މެދުވެރިކޮށް ޖޫރިމަނާގެ ފައިސާ ނަގައިދިނުމާ މެދު ގޮތެއް ކަނޑައެޅިފައިވާތީ އެނުކުތާއާ މެދު އެމައްސަލައިގެ ޝަރީޢަތުގެ މަޖިލީހުގައި ބަޙުޘްކުރެވިގެނ ނުވާނެކަން ޤާނޫން ހަމަތަކުގެ މަތިން އެނގޭކަން
9.3 ސުޕްރީމް ކޯޓުގެ އައި. އެންޑް. ޓީ މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑް ވ މައިކްރޯ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާއަށް ބަލާއިރު މިޙުސޫމާތު އުފެދިފައިވަނީ މުއިރީ ޕްރައިވެޓް ލިމިޓެޑުން ލިއޯ ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑށަ ދައްކަންޖެހޭ ފައިސާ އަކާ ގުޅިގެން ކަމަށް ވީހިނދު އިސްލާމީ ޝަރީޢަތަކީ ޙައްޤުތައް ރައްކާތެރިކޮށްދޭ ޝަރީޢަތެއް ކަމުގައިވާއިރު، ލިއޯ ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑަށް ލިބެންޖެހޭ ޙައްޤު ނުލިބި، ހިފެހެއްޓިފައިވުމަކީ އެފަރާތަށް ލިބިދެވޭނެ ގެއްލުމެއް ކަމުގައި މެނުވީ ނުވާނެކަމާއި، ލިއޯ ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑަށް ލިބެންޖެހޭ ޙައްޤު ލިބިދިނުމ މެދާ މުއިރީ ޕްރައިވެޓް ލިމިޓެޑުން ވަކިގޮތަކަށް އަޙުދުވެ ނުވަތަ އެއްބަސްވެ އެކަންކަމުގެ މައްޗަށް ޝަރުޢީ މަރޙު ލާއެއަ ކަޑައްތުކުރެވިފައިވާއިރު، އެ ހިނދުގައި ޖޫރިމަނާ ފައިސާއާ މެދު އެއްބަސްވެވިފައި މިހާރު އޭގެ މިންވަރާ މެދު ސުވާލުއުފެއްދުމަކީ އެމައްޗަށް ބުރަވެވޭނެ ކަމެއް ނޫންކަން؛ ސިވިލް ކޯޓުގެ ނަންބަރު C/2016-Cv/2420 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގެ (ހ). ސިވިލް ކޯޓުގެ ނަންބަރު C/2016-Cv/2420 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގެ ފާހަގަކުރެވުނު ނުކުތާތަކުގެ (ނ). ސިވިލް ކޯޓުގެ ނަންބަރު C/2016-Cv/2420 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގެ ފާހަގަކުރެވުނު ނުކުތާތަކުގެ (ރ).
9.4 ސުޕްރީމް ކޯޓުގެ އައި.އެންޑް.ޓީ މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑް ވ މައިކްރޯ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާއާ މިމައްސަލައާ ތަފާތުކޮށް، އެމައްސަލައާ ޚިލާފަށް މިމައްސަލައަކ ޖޫރިމަނާގެ ފައިސާއާ މެދު މުއިރީ ޕްރައިވެޓް ލިމިޓެޑުން ސިވިލް ކޯޓުގެ C/2016-Cv/383 ޤަޟިއްޔާގައި އެއްބަސްވެ އެމައްޗަށް ލިއޯ ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑނު ރުހުންދީފައިވާ އެއްޗެއްކަން
9.5 ސިވިލް ކޯޓުގެ ޑިސްޕިއުޓް ރިސޮލިއުޝަންގެ ޑިވިޜަނަކީ ސުލްޙަވެރިކަމާއެކު، ޝަރުޢީ މަރޙު ލާ އެއަ މެދުވެރިވެ މައްސަލަ ޙައްލުކުރުމަށްޓަކައި ޤާއިމުވެފައިވާ ޑިވިޜަނެއްކަމުގައިވީ ހިނދު، އެޑިވިޜަނުގައި ދެފަރާތުން ވަކިގޮތަކަށް ޢަމަލުކުރުމަށް އެއްބަސްވެ، އެމަރު ޙަލާއިނ ލިބް ލުއިތަކުގެ ބޭނުން ހިފުމާއެކު، މުއްދަތު ފަހަނައަޅާ ދިއުމަށްފަހު އެ އެއްބަސްވިގޮތ މެދާ ސުވާލު އުފެއްދުމަކީ ޢަދުލު އިންސާފު ޤާއިމުކުރުމުގައި އެތުރިފައިވާ މަރުޙަލާއެއްގެ ބޭނުން ނަހަމަގޮތުގައި ހިފުންކަން ؛ ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވާ އިސްތިއުނާފީ ނުކތާތު ކާއި، އެ ނުކުތާތަކަށް ދީފައިވާ ރައްދު: މުއިރީ ޕްރައިވެޓް ލިމިޓެޑުން ހުށަހަޅާފައިވާ ފުރަތަމަ އިސްތިއުނާފީ ނުކުތާއަކީ ސިވިލް ކޯޓުގެ ނަންބަރު C/2016-Cv/2420 ޤަޟިއްޔާ ނިންމާފައިވަނީ ޤާނޫނޫ އަސާސީގެ 143 ވަނަ މާއްދާގެ (ރ) އާއި ޚިލާފަށް މަތީ މަރުޙަލާގެ ނިންމުންތަކަށް ދަށު މަރުޙަލާގެ ކޯޓު ތަކުން ތަބަޢަ ވާންޖެހޭނެކަމަށް އޮންނަ އޮތުމާ ޚިލާފަށް ކަމަށެވެ.
1.10 މިނުކުތާގެ ތަފްޞީލުގައި މުއިރީ ޕްރައިވެޓް ލިމިޓެޑުން މައިގަނޑުގޮތެއްގައި ފާހަގަކޮށްފައިވަނީ ކޮންޓްރެކްޓެއްގެ ބައިވެރިއަކަށް ލިބިދާނެ ގެއްލުމުގެ ބަދަލާމެދު ވަކިގޮތެއް ކަނޑައެޅުމަށްޓަކައި ހިމަނާ ސިވިލް ކޯޓުގެ ނަންބަރު C/2016-Cv/2420 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގެ ފާހަގަކުރެވުނު ނުކުތާތަކުގެ (ނ). ސިވިލް ކޯޓުގެ ނަންބަރު C/2016-Cv/2420 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގެ ފާހަގަކުރެވުނު ނުކުތާތަކުގެ (ރ) ގެ ފަހު ޕެރެގްރާފު. ޝަރުޠުގެ ދަށުން ކަނޑައެޅޭ ބަދަލުގެ މިންވަރަކީ ކޮންޓްރެކްޓްގެ ބައިވެރިއަކަށް ލިބޭ ޙަޤީޤީ ގެއްލުން ނުވަތަ ތަސައްވަރު ކުރެވޭ ގެއްލުމާ އެކަށީގެންވާ ބަދަލަކަށްވާންޖެހޭ ކަމާއި، ބަދަލު ކަނޑައެޅުމުގައި ތަޢައްސުފުވެ ލިބޭ ގެއްލުމާ ނުބައްދަލު އެކަށީގެންވާ މިންވަރަށް ވުރެ ބޮޑު ބަދަލެއް ކަނޑައެޅިގެން ދިއުމީ ޝަރުޢީ ގޮތުން ހުއްދަ ނޫންކަމެއްކަމަށް ސުޕްރީމް ކޯޓުގެ އައި. އެންޑް. ޓީ މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑް ވ މައިކްރޯ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާކަމާއި ސިވިލް ކޯޓުން މައްސަލަ ނިންމުމުގައި މިއުސޫލަށް ރިޢާޔަތްކޮށްފައި ނުވާކަމަށެވެ. ޖަވާބުގައި ލިއޯ ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑުން ފާހަގަކޮށްފައިވަނީ މި ދަރަނި އަދާނުކޮށްގެން ހުށަހެޅުނު ދެ ޤަޟިއްޔާގައިވެސް ޖަޒާއީ ބަދަލަކީ އެކަށީގެންނުވާ ބަދަލެއް ކަމުގައި މުއިރީ ޕްރައިވެޓް ލިމިޓެޑުން ބަހުސްކޮށްފައިނުވާކަމަށާއި އެއްބަސްވުމަށް ޢަމަލުނުކޮށް ޝަރީޢަތަށް ހުށަހެޅުނު ދެ ފުރުޞަތު ނަގާލާފައިވާތީ މިހާރު ޖޫރިމަނާއާމެދު ސުވާލު އުފައްދަން ފުރުޞަތެއް ނެތް ކަމަށެވެ.
1.2.10. މި މައްސަލައިގެ ސެޓްލްމަންޓް އެއްބަސްވުމުގައި ޖޫރިމަނާގެ ފައިސާއަކީ ދެފަރާތުން ވާހަކަ ދައްކައިގެން އަދި ދެފަރާތުން ރުހި ޤަބޫލުވެގެން އަދި ސިވިލް ކޯޓުގެ ނަންބަރު C/2016-Cv/383 ޤަޟިއްޔާ ގެ ދަށުން ކުރިއަށް ދިޔަ އިރުވެސް އެޖޫރިމަނާއާމެދު ދެބަސްނުވެ ކޯޓުގައި އެއްބަސްވެފައިވާ ޖޫރިމަނާއެއްކަންވެސް ފާހަގަކޮށްފައިވެއެވެ.
2.2.10. މިމައްސަލައިގެ ސެޓްލްމެންޓް އެގްރީމެންޓް ކުރެވުނު 26 ނޮވެމްބަރު 2014 ގައި ކަމަށާއި އެ އެއްބަސްވުން ހެދުނު އިރު "ޝަރުޠު ޖަޒާއީ" އާބެހޭގޮތުން ސުޕްރީމް ކޯޓުގެ 2015/SC-A/16 ޤަޟިއްޔާ ނިމިފައިވާކަމށެވެ. އަދި އެޤަޟިއްޔާގެ ދަށުން ޝަރުޠު ޖަޒާއީ ގެ ގޮތުގައި ދުވާލަކަށް %5 ގެ ޖޫރިމަނާއެއް ނަގައިދިނުމުން އެއީ "ތަޢައްސުފު" ވުން ކަމުގައި ސިވިލް ކޯޓުގެ ނަންބަރު C/2014-Cv/2133 ޤަޟިއްޔާއާއި އެކޯޓުގެ ނަންބަރު 2016/C-Cv/383 ޤަޟިއްޔާ. ބެލުމަކީ، މިޤަޟިއްޔާގެ ދަށުން %1 ގެ ޖޫރިމަނާ ނަގައިދިނުމަށް އެއީ ސުޕްރީމް ކޯޓުގެ ޤަޟިއްޔާއާ ޚިލާފުވާކަމަށް ބެލެވޭނެ ކަމެއު ކަމުގައި ނުދެކޭކަމަށެވެ. މުއިރީ ޕްރައިވެޓް ލިމިޓެޑުން ހުށަހަޅާފައިވާ ދެވަނަ އިސްތިއުނާފީ ނުކުތާއަކީ ސިވިލް ކޯޓުގެ ނަންބަރު C/2016-Cv/2420 ޤަޟިއްޔާ ނިންމާފައިވަނީ ޤާނޫނުއަސާސީގެ 145 ވަނަ މާއްދާގެ (ނ) އާ ޚިލާފަށް ކަމަށެވެ. އެގޮތުން އެމާއްދާގައި ޝަރީޢަތުން ބަލާ މައްސަލަތަކުގައި ސުޕްރީމް ކޯޓުގެ ނިންމުމަކީ ފަހުގެ ނިންމުންކަމަށް އޮންނަކަމަށާއި އައި. އެންޑް. ޓީ މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑް ވ މައިކްރޯ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ގައި ބަދަލު ކަނޑައެޅުމުގައި "ތަޢައްސުފު"ވެ ލިބޭ ގެއްލުމާ ނުބައްދަލު އެކަށީގެންވާ މިންވަރަށް ވުރެ ބޮޑު ބަދަލެއް ކަނޑައެޅުމަކީ އިސްލާމީ ޝަރީޢަތާއި މިޒަމާނުގެ ތަފާތު ޤާނޫނީ ނިޒާމުތަކުގައި އިސްތިޤްރާރުވެފައިވާ އަޙްކާމްތަކާއި ތަޢާރުޟުކަމެއ ކަމުގައް ކަނޑައަޅާފއިވުމުނަ ސިވިލް ކޯޓުގް ނަންބަރު C/2016-Cv/2420 ޤަޟިއްޔާގައި ނިސްބަތުން އަހަރަކަށް %365 ގެ ރޭޓުން ބެލެވޭ ގޮތަށް ޖޫރިމަނާ ފައިސާ ނަގައިދިނުމަށް ކޮށްފައިވާ ޙުކުމަކީ ސުޕްރީމް ކޯޓުގެ އެޤަޟިއްޔާއާ ޚިލާފު ނިންމުމެއް ކަމަށެވެ. މިނުކުތާގެ ޖަވާބުގައި ލިއޯ ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑު ން ފާހަގަކޮށްފައިވަނީ ޖަޒާއީ ބަދަލުގެ ގޮތުގައި ދުވާލަކަށް %1 ޖޫރިމަނާއެއް ކަނޑައެޅުމަކީ "ތަޢައްސުފު" ވުން ކަމުގައި ސުޕްރީމް ކޯޓުގެ ޤަޟިއްޔާގައި ކަނޑައަޅާފައިނުވާކަމަށާއި، ނަމަވެސް ސުޕްރީމް ކޯޓުގެ A/27-SC/3201 ޤަޟިއްޔާގައި %2 ޖޫރިމަނާއެއް ނަގާދިނުމަށް ޙުކުމްކޮށްފައި އޮތުމުން އަދި އެ ޙުކުމަށް އިތުރަށް ބަދަލެއް އައިސްފައި ނުވުމުން މިމައްސަލާގައިވެސް ނަގާދިނުމަށް އެދިފައިވާ %1 ގެ ޖޫރިމަނާ އެއީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 145 ވަނަ މާއްދާގެ (ނ) އާ ޚިލާފު ނިންމުމެއް ނޫން ކަމަށެވެ. ޝަރީޢަތުން ގޮތެއް ކަނޑައަޅަންޖެހޭ ކަންތައް މިމައްސަލައާ ގުޅިގެން ދެފަރާތުން ޝަރީޢތުނަ ދައްކާފައިވާ ވާހަކަތަށާއި ހުށަހެޅިފައިވާ ލިޔެކިޔުންތަކަށް ރިޢާޔަތްކުރާއިރު، މިކޯޓު ކުރިމަތީގައި އޮތް ޤާނޫނީ ސުވާލަކީ ޖަޒާއީ ޝަރުޠެއްގެ ދަށުން ގެއްލުމުގެ ބަދަލު ނަގައިދިނުމުގައި ސިވިލް ކޯޓުން ގޮތެއް ނިންމާފައިވަނީ ޤާނޫނުއަސާސީގެ 143 (ނ) އަދި (ރ) އާ ޚިލާފަށްތޯ އެވެ. އަދި، ވަކިން ޚާއްޞަކޮށް ސުޕްރީމް ކޯޓުގެ އައި. އެންޑް. ޓީ މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑް ވ މައިކްރޯ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް މައްސަލައިގައި ކަނޑައަޅުއްވާފައިވާ އުސޫލާ ސިވިލް ކޯޓުގެ ނިންމުން ޚިލާފުވޭތޯ އެވެ. މަތީ މަރޙަލާގު ނިންމުންތަކަށް އެއަށްވުރެ ދަށު މަރުޙަލާގެ ކޯޓުތަކުން ތަބަޢަވުން ޤާނޫނު އަސާސީގެ 143 ވަނަ މާއްދާގެ (ނ) އާއި (ރ) އަދި ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) ގެ (2) އަށް ޙަވލާދެއްވާ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އިބްރހީމާ ޢަބްދުއްލަޠީފް ވ އޯނަސް ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާގައި މަތީ މަރޙު ލާގެ ނިންމުމަށް ޢަމަލުކުރުމުގެ ޤާނޫނީ މަފްހޫމަކީ 20 19 18 ކޮބައިކަމާއި މަތީ މަރުޙަލާގެ ނިންމުންތަކަށް ޢަމަލުކުރުން ލާޒިމްވާ ޙާލަތްތަކާއި އިސްތިސްނާ ޙާލަތްތައް 13/2010 (ދިވެހިރާއްޖޭގެ ފަނޑިޔާރުނގް ޤާނޫނު) ސުޕްރީމް ކޯޓުގެ ނަންބަރު A/15-SC/2019 ޤަޟިއްޔާގެ 46 ވަނަ ޕެރެގްރާފް ސުޕްރީމް ކޯޓުގެ ނަންބަރު A/15-SC/2019 ޤަޟިއްޔާގެ 47 އަދި 48 ވަނަ ޕެރެގްރާފް ސުޕްރީމް ކޯޓުގެ ނަންބަރު A/15-SC/2019 ޤަޟިއްޔާގެ 50 ވަނަ ޕެރެގްރާފުން 55 ވަނަ ޕެރެގްރާފުގެ ގެ ނިޔަލަށް ތަފްސީލްކޮށްފައިވެއެވެ. އެގޮތުން އެޤަޟިއްޔާގައި ފަނޑިޔާރު އަޒްމިރަލްދާ ޒާހިރުގެ ރައުޔުގެ 50 ވަނަ ޕެރެގްރާފުގައި ބަޔާންކޮށްފައިވަނީ، " މަތީ ކޯޓަކުން ނިންމާފައިވާ ނިންމުމަކަށް ޢަމަލުކުރުމުގައި، މައްސަލައިގެ މުހިންމު ވާގިއާތައް ނުވަތަ މެޓީރިއަލް ފެކްޓްސް ތަފާތުކަމަށް ޤަބޫލުކުރެވޭނަމަ، ފަހުން ހުށަހެޅުނު މައްސަލައިގައިވަނީ ތަފާތު ޙާލަތެއްކަމަށް ބަޔާންކުރުމަށްފަހު، ކުރިން މަތީ ކޯޓުން ނިންމާފައިވާ ނިންމުމާ އެއްގޮތަށް ޢަމަލުނުކުރުމުގެ ފުރުޞަތު ދަށު ކޯޓު ފަނޑިޔާރުންނަށް ލިބިގެންވެއެވެ. ސިވިލް ކޯޓުގެ ނަންބަރު C/2016-Cv/2420 ޤަޟިއްޔާ ގެ ފާހަގަކުރެވުނު ނުކުތާތަކަށް ބަލާއިރު، ސުޕްރީމް ކޯޓުގެ އައި. އެންޑް. ޓީ މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑް ވ މައިކްރޯ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ އުސޫލުތައް މިމައްސަލައަށް ތަޠުބީޤުނުކުރެވޭ ސަބަބު ތަފްސީލުކޮށް ބަޔާންކޮށްދީފައިވެއެވެ. އެގޮތުން، ފާހަގަކޮށްފައިވަނީ، މުއިރީ ޕްރައިވެޓް ލިމިޓެޑުން ލިއޯ ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑަށް އަދާކުރަންޖެހޭ ފައިސާއަކީ ގުޅިގެނާ ކަމުގައިވީހިނދު، އިސްލާމީ ޝަރީޢަތަކީ ޙައްޤުތައް ރައްކާތެރި ކޮށްދޭޝަރީޢަތެއް ކަމުގައިވާއިރު، ލިއޯ ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑަށް ލިބެންޖެހޭ އެފަރާތުގެ ޙައްޤު ނުލިބި، ހިފެހެއްޓިފައިވުމަކީ އެފަރާތަށް ލިބިދެވޭނެ ގެއްލުމެއްކަމާއި، ލިއޯ ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑަށް ލިބެންޖެހޭ ޙައްޤު ލިބިދިނުމާމެދު މުއިރީ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ވަކިގޮތަކަށް އަހުދުވެ ނުވަތަ އެއްބަސްވެ، އެކަންކަމުގެ މައްޗަށް ޝަރުޢީ މަރުޙަލާއެއް ކަޑައްތުވެފައިވާއިރު، އެހިނދުގައި ޖޫރިމަނާގެ ފައިސާއާމެދު އެއްބަސްވެފައި މިހާރު އޭގެ މިންވަރާމެދު ސުވާލު އުފެއްދުމަކީ އެމައްޗަށް ބުރަދަންދެވިދާނެ ކަމެއް ނޫން ކމަށެވަ ސިވިލް ކޯޓުގެ ނަންބަރު C/2016-Cv/2420 ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާތަކުގެ 3 ގެ (ރ.) މުއިރީ ޕްރައިވެޓް ލިމިޓެޑުގެ އިސްތިއުނާފު ބިނާކޮށްފައިވާ އަސާސްކަމަށް ބެލެވެނީ، އައި. އެންޑް. ޓީ މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑް ވ މައިކްރޯ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ގެ ޤަޟިއްޔާގައި އެއްބަސްވުމެއްގެ ދަށުން ގެއްލުމުގެ ބަދަލު ނަގައިދިނުމުގައި އެބަދަލަކީ އެކަށީގެންވާ ބަދަލަކަށް ވާންޖެހޭނެކަމަށާއި، ލިބޭ ގެއްލުމާ ނުބައްދަލު އެކަށީގެންނުވާ ބަދަލެއް ތަޢައްސުފުވެ ކަނޑައެޅުމަކީ އިސްލާމީ ޝަރީޢަތާއި މިޒަމާނުގެ ތަފާތު ޤާނޫނީ ނިޒާމްތަކުގައި އިސްތިޤްރާރުވެފައިވާ އުސޫލާއި ޚިލާފުކަމެއްކަމަށް ކަނޑައެޅިފައިވާއިރު، މިމައްސަލައިގައި ދިނުމަށް އެއްބަސްވެފައިވާ ބަދަލުގެ މިންވަރަކީ ގެއްލުމާ ނުބައްދަލު މިންވަރެއްކަމަށްވުމެވެ. މިއުސޫލު މިމައްސަލައަށް ތަޠުބީޤުނުކުރެވޭ ކަމަށް ސިވިލް ކޯޓުން ނިންމަވާފައިވަނީ މައްސަލައިގެ ހިމެނޭ އެންމެ މުހިއްމު ވާގިޢާތް )fact material) ތަފާތުކޮށްފައެވެ. އެގޮތުން، ސިވިލް ކޯޓުން މި ދެ މައްސަލަ ތަފާތުކޮށްފައިވަނީ، މިމައްސަލައިގައި ހިމެނޭ ޖޫރިމަނާގެ އދަދ ހިމެނު މާއްދާއަކަ ޝަރުޢީ ކޯޓެއްގެ ޙުކުމަކުން ބަލައިގަނެ އެއާ މެދު ގޮތެއް ކަނޑައެޅިފައިވާ މާއްދާއަކަށް ވުމެވެ. އަދި މިފަދައިން، ޝަރުޢީ މަރޙަލާގު ތެރެއިން ޙައްލު ހޯދައިދިނުމަށް ބާރު އަޅައި އުފައްދާފައިވާ ސުލްޙައިގެ މަރުޙަލާ ގައި ނިންމާފައިވާ ނިންމުންތަކަށް ހަމަ އެމަރުޙަލާގައި ތައުނު ނުކުރެވުމުގެ މައްޗަށެވެ. އަދި އެގޮތަށް ފުރުސަތު ދެވިއްޖެނަމ ނިކުންނަ ނޭދެވޭ ނަތީޖާއެއްގެ މައްޗަށެވެ. މުއިރީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން މިކޯޓަށް ހުށަހެޅި އިސްތިއުނާފީ ނުކުތާތަކާއި އަދި ތަފްސީލުގައި ފާހަގަކުރެއްވި ކަންތައްތަކުގައި ސިވިލް ކޯޓުން އެ ފަރަ ޤު ގެންނެވ ގޮތި ޚިލާފުވާ ޝަރުޢީ އަދި ޤާނޫނީ އުސޫލެއް ބަޔާންކޮށްދީފައިނުވެއެވެ. ސިވިލް ކޯޓުގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ފަދައިން މިމައްސަލައަކީ މުއިރީ ޕްރައިވެޓް ލިމިޓެޑުން ލިއޯ ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑަށް ދައްކަން ޖެހޭ ފައިސާތަކެއް ނުދައްކައިގެން ޝަރީޢަތަށް ހުށަހެޅުނު މައްސަލަ ތަކަކ ގުޅިގެނާ ދެފަރާތުގެ ދެމެދުގައި ވެވުނު އެއްބަސްވުމެއްގައި ދެފަރާތުން ހިމަނާފައިވާ މާއްދާއެކެވެ. އަދި ޑިސްޕިއުޓު މަރުޙަލާގައި، ދެފަރާތުން އެއްބަސްވެވިގެނ ނިމުން މިއުސޫލާ އެކޯޓުގެ ޙުކުމުގެ ބައެއްގެ ގޮތުގައި ހިމެނިފައިވެއެވެ. އެހެންކަމުން، ޝަރުޢީ ކޯޓެއްގެ ޙުކުމަކުން ބަލައިގަނެފައިވާ މިމާއްދާގެ ޞައްޙަކަމމެދާ ސުވާލު އުފެއްދުމަށް ސުޕްރީމް ކޯޓުގެ އައި. އެންޑް. ޓީ މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑް ވ މައިކްރޯ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާ ތަޠުބީޤުކުރެވޭނެ ކަމުގައި ނުދެކެމެވެ. ޖަޒާއީ ޝަރުޠެއްގެ ދަށުން ގެއްލުމުގެ ބަދަލު ނަގައިދިނުމަކީ، ދިވެހިރާއްޖޭގެ ޝަރުޢީ ކޯޓުތަކުން އެކި ދުވަސްވަރު އެކިގޮތަށް މާނަކޮށް ތަންފީޛުކުރަމުންގޮސްފައިވ ޤާނޫނާ މަބްދަޢުއެކެވެ. މުއިރީ ޕްރައިވެޓް ލިމިޓެޑުން މިމައްސަލަ ކޯޓަށް ހުށަހެޅި ހިނގަމުން ދަނިކޮށް މިމަޢުޟޫއުގައ އެންމި ފަހުން ސުޕްރީމް ކޯޓުން ނިންމާފައިވާ ޤަޟިއްޔާތަކުގައި މި މަޢޟޫއަށު އެއްގޮތްކަން ގެނައުމުގެ މަޤްސަދުގައި ޤާނޫނީ އުސޫލުތަކެއް ކަނޑައަޅުއްވާފައިވެއެވެ. މިގޮތުން، ސުޕްރީމް ކޯޓުގެ ޙަސަން ޢަލމަނިކީ ވ އަޙްމަދު ޖަނާޙް މައްސަލައިގައި އަޤްލަބިއްޔަތު ރައުޔުގައި ދެފަރާތެއްގެ ދެމެދުގައި ވެވޭ އެއްބަސްވުމެއްގައި ދައްކަންޖެހޭ ފައިސާއެއް ނުދައްކައިފިނަމަ އިތުރަށް ފައިސާ ދައްކަންޖެހޭ ފައިސާއާ ގުޅޭ މާއްދާއެއް ހިމެނޭ ނަމަ، އެމާއްދާ މާނަކޮށް ގެއްލުމުގެ ބަދަލު ނަގައިދޭނެ ގޮތް ބަޔާންކޮށްފައިވެއެވެ. އެގޮތުން އެފަދަ މާއްދާއަކީ ލިކުއިޑޭޓެޑް ޑެމޭޖަސްގެ މާއްދާއެއް ގޮތުގައި ހިމެނިފައިވާނަމަ އެބަދަލު ނަގައިދެވިދާނެކަމަށާއި އެހެންނަމަވެސް ޕެނަލްޓީ ކްލޯސްއެއްގެ ގޮތުގައި ހިމެނިފައިވާނަމަ ގެއްލުމުގެ ބަދަލު ނަގައިނުދެވޭނެކަމަށް ކަނޑައަޅާ ފައިވެއެވެ. އަދި، މިދެބާވަތުގެ ކްލޯސެސް ފަރަޤުކުރާނެ މިންގަނޑުތައް އެޤަޟިއްޔާގައި ކަނޑައެޅިފައިވެއެވެ. މިއުސޫލު މިމައްސަލައަށް ތަޠުބީޤުކުރަން ބަލާއިރު، މިމައްސަލައިގައި ހިމެނޭ ސެޓްލްމަންޓް އެގްރީމެންޓްގައި ހިމެނޭޕެނަލްޓ/ ޑެމޭޖަސް ގެ މާއްދާގެ ދަށުން ބަދަލު ނެގުމާމެދު ގޮތެއް ކަނޑައެޅިފައިވަނީ ސިވިލް ކޯޓުގެ ނަންބަރު C/2016-Cv/383 ޤަޟިއްޔާގައެވެ. އެޤަޟިއްޔާ ޙުކުމްގއަ "........ މިތާރީޚަށް ދެންނެވުނު ގޮތަށް ފައިސާ ނުދެއްކިއްޖެނަމަ އެއްބަސްވުމާއި އެއްގޮތަށް ފައިސާ ދައްކާފައިނުވާތީ ނަގައިދިނމަށު އެއްބަސްވެފައިވާ ޖޫރިމަނާ ލިއޯ ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑަށް ހޯދުމުގެ ޙައްޤު ލިބިގެންވާކަމަށް ދައުވާލިބޭ މުއިރީ ޕްރައިވެޓް ލިމިޓެޑުން އެއްބަސްވެ، އެގޮތް ލިއޯ ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑުން ޤަބޫލުކޮށް އެއްބަސްވުމަކަށް އާދެވިފައިވާކަމަށް" މިގޮތަށް ބަޔާންކޮށްފައިވެއެވެ. އެހެންކަމުން، އެޙުކުމް އިސްތިއުނާފު ކުރުމެއް ނެތި، އެޙުކުމުގައި ކަނޑައެޅިފައިވާ އުސޫލެއް މިމައްސަލައިގެ ތެރެއިން ބަދަލު ކުރެވިދާނެ ޤާނޫނީ އުސޫލެއް ނެތެވެ. އެހެންކަމުން ސުޕްރީމް ކޯޓުގެ ޙަސަން ޢަލމަނިކީ ވ އަޙްމަދު ޖަނާޙް މައްސަލއިގަ ކަނޑައެޅިފައިވާ އުސޫލު މިމައްސަލައަށް ތަޠުބީޤުކުރުމަށް ޤާނޫނީ ގޮތުން ހުރަސް އެޅޭކަމުގައި ދެކެމެވެ. ބުނެވިދިޔަ ކަންތައްތައް އެހެންހުރުމުން، ސިވިލް ކޯޓުގެ ނަންބަރު C/2016-Cv/2420 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް މުއިރީ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާ ތަކަށ ރިޢާޔަތްކޮށް، އެނިންމުމަށް ބަދަލު ގެންނަންޖެހޭފަދަ ޝަރުޢީ އަދި ޤާނޫނީ ސަބަބެއް އޮތްކަމަކަށް ނުދެކެމެވެ.
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ނ) އާއި (ރ)
- ޤާނޫނު ނަންބަރު 13/2010 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ށ) ގެ (2)
- ސުޕްރީމް ކޯޓުގެ ނަންބަރު 2015/SC-A/16 ޤަޟިއްޔާ (އައި އެންޑް ޓީ މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑް ވ މައިކްރޯ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް)
- ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/15 ޤަޟިއްޔާ (އިބްރާހީމް ޢަބްދުއްލަޠީފް ވ އޯނަސް ޕްރައިވެޓް ލިމިޓެޑް)، 46-55 ވަނަ ޕެރެގްރާފުތައް
- ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-A/28 ޤަޟިއްޔާ (ޙަސަން ޢަލީމަނިކު ވ އަޙްމަދު ޖަނާޙް)
- ސިވިލް ކޯޓުގެ ނަންބަރު 2133/Cv-C/2014 އާއި 383/Cv-C/2016 ޤަޟިއްޔާ
ޝަރީޢަތުގެ ވީޑިއޯ
މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.