އިސްމާޢީލް ޖަލީލް މުޙައްމަދު ވ. އިބްރާހީމް ނާޘިމް
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- ސިވިލް ކޯޓު 3481/Cv-C/2018
- ފަހުގެ ތާރީޚު
- ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް
ކޯ ޓާމްސް
ޚުލާޞާ
- ކޯޓަށް އައި ގޮތް
- ސިވިލް ކޯޓުން ދަޢުވާ ސާބިތުނުވާކަމަށް ކަނޑައަޅައި، ދަޢުވާލިބުނު ފަރާތުގެ ޣައިރު ޙާޟިރުގައި 50,000 ރުފިޔާ ނަގައިދޭނެ ތަނެއް ނެތްކަމަށް ޙުކުމްކުރިއެވެ.
- ވާޤިޢާ
- ފެހިފަށުވިއާގެ ވެރިޔާ، އެއްބަސްވުމެއްގެ ދަށުން އިބްރާހީމް ނާޡިމްއަށް ކުއްޔަށްދިން މއ. ދަނބުގަސްދޮށުގެ 4 ވަނަ ފްލޯ ދޫކޮށްލުމަށްފަހު، ފްލޯއަށާއި ތަކެއްޗަށް ލިބުނު ގެއްލުމުގެ ބަދަލުގައި 50,000 ރުފިޔާ (މަރާމާތަށް 48,000 ރ. އާއި ކެމެރާ ސިސްޓަމަށް 2,000 ރ.) ހޯދުމަށް ދަޢުވާކުރިއެވެ.
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ކުއްޔަށްދިން ފްލޯއަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް ކުރި ދަޢުވާގައި ހުށަހެޅި ބިލު، އެސްޓިމޭޓު، އިންވޮއިސް އަދި ފޮޓޯއަށް ރިޢާޔަތްނުކޮށް ސިވިލް ކޯޓުން ދަޢުވާ ސާބިތުނުވާކަމަށް ނިންމީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްތޯ.
- ޚަޞްމުންގެ ހުށަހެޅުންތައް
- އިސްތިއުނާފުކުރި ފަރާތުން ބުނީ ދަޢުވާ ސާބިތުކުރުމަށް ހުށަހެޅި ލިޔެކިޔުންތަކަށް ރިޢާޔަތްނުކޮށް ޙުކުމްކުރި ކަމަށެވެ. ރައްދުވި ފަރާތުން ހައިކޯޓުގައި ބުނީ ތަން ކުއްޔަށް ހިފައިގެން އުޅުނުކަމަށް އިންކާރު ނުކުރާކަމަށެވެ.
- ކޯޓުގެ ސަބަބުތައް
- ހުށަހެޅި 4 ލިޔުމުން އެއްވެސް ލިޔުމަކުން، މަރާމާތަކީ ކުއްޔަށް ހިފި ފަރާތުގެ ބޭނުންކުރުމުގެ ސަބަބުން ކުރަންޖެހުނު މަރާމާތެއްކަން ނޭނގޭކަމަށް ފާހަގަކުރިއެވެ. ތަޙުލީލުގެ ބާކީ ބައި ކިޔޭގޮތަށް ނެތެވެ.
ނިންމުން
ނިންމުމުގެ ބައި ކިޔޭގޮތަށް ނެތްނިންމުމުގެ ބައި ކިޔޭގޮތަށް ނެތް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 ކުއްޔަށްދިން ތަނަށް ކުއްޔަށް ދީފައިވާ މުއްދަތުގައި ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް ދަޢުވާކުރާ ފަރާތުން، ތަން ކުއްޔަށް ދިންކަން ސާބިތުކުރުމަށް ޝަފަހީ ނުވަތަ ލިޔުމުން ހެއްކެއް ހުށަނާޅާއިރު، ކުއްޔަށް ހިފައިގެން އުޅުނުކަމަށް ދަޢުވާލިބޭ ފަރާތުން އިންކާރު ނުކުރާކަމަށް ހައިކޯޓުގައި ބުނެފައިވާކަން ފާހަގަކުރެވެއެވެ.
HN2 މަރާމާތަށް ޚަރަދުވި ބިލާއި އެސްޓިމޭޓާއި އިންވޮއިސްއާއި ފޮޓޯ ފަދަ ލިޔެކިޔުމުން، ކުރެވުނު މަރާމާތަކީ ކުއްޔަށް ހިފި ފަރާތުގެ ބޭނުންކުރުމުގެ ސަބަބުން ކުރަންޖެހުނު މަރާމާތެއްކަން ނޭނގޭނަމަ، އެ ލިޔެކިޔުމަކުން ކުއްޔަށް ހިފި ފަރާތުގެ މައްޗަށް ގެއްލުމުގެ ބަދަލުގެ ޒިންމާ ސާބިތެއް ނުވެއެވެ.
ވަކީލުންނާއި ފަނޑިޔާރުން
- ވަކީލުން
- —
- ބެންޗު
- ޢަބްދުﷲ ޙަމީދު، މުޙައްމަދު ފައިޞަލް، ޙުސައިން ޝަހީދު
- ރިޔާސަތު
- —
- ރައުޔު ލިޔުނު ފަނޑިޔާރު
- ޢަބްދުﷲ ޙަމީދު · ތާއީދުކުރެއްވީ: މުޙައްމަދު ފައިޞަލް، ޙުސައިން ޝަހީދު
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.
ފަނޑިޔާރު ޢަބްދުﷲ ޙަމީދު ގެ ރައުޔު ، މި ރައުޔަށް ފަނޑިޔާރު މުޙައްމަދު ފައިޞަލާއި ފަނޑިޔާރު ޙުސައިން
ޝަހީދު ތާއީދުކުރައްވައެވެ . ދަޢުވާގެ ޚުލާޞާ : 1- މިއީ، […] / މާލެ، އިސްމާޢީލް ޖަލީލް މުޙައްމަދާއި ދަފްތަރު ނަންބަރު 7615/ މާލެ، އިބްރާހީމް ނާޡިމާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން އިސްމާޢީލް ޖަލީލް މުޙައްމަދު ގެ ގެ […] 04ވަނަ ފްލޯ ކުއްޔަށް ހިފުމަށްފަހު އެ ފްލޯ ދޫކޮށްލާފަ އިވުމުން އިބްރާހީމް ނާޡިމް […] 04ވަނަ ފްލޯގައި އުޅުނު މުއްދަތުގެ ތެރޭގައި […] 04ވަނަ ފްލޯއަށާއި ތަކެއްޗަށް ގިނަ ގެއްލުންތަކެއް ލިބި މަރާމާތުކުރަންޖެހުމުނ، […] 04ވަނަ ފްލޯއަށް ލިބިފައިވާ ގެއްލުމުގެ ބަދަލު ހޯދުމަށް އެދި އިސްމާޢީލް ޖަލީލް މުޙައްމަދުގެ ފަރާތުން އިބްރާހީމް ނާޡިމްގެ މައްޗަށް ސިވިލް ކޯޓަށް ހުށަހެޅުމުން އެ ކޯޓުން ބައްލަވާފައިވާ ނަންބަރު 3481/Cv-C/2018 ޤަޟިއްޔާ ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ، އެ ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް އިސްމާޢީލް ޖަލީލް މުޙައްމަދު ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބަލާ ފައިވާ ޤަޟިއްޔާއެކެވެ. މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ އިބްރާހީމް ނާޡިމް ދަފްތަރު ނަންބަރު 7615/ މާލެއެ ވެ. ދަށު ކޯޓުން މައްސަލަ ނިންމިގޮތް : 2- އިސްތިއުނާފުކުރެވިފައިވާ ސިވިލް ކޯޓުގެ ނަންބަރު 3481/Cv-C/2018 ޤަޟިއްޔާގައި ޙުކުމްކުރައްވާފައިވަނީ] :ދެންފަހެ، ބުނެވި ދިޔަ ކަންކަން އެގޮތުގައި ހުރުމާއެކު، […] ގެ / މާލެ، އިސްމާޢީލް ޖަލީލް މުޙައްމަދާއި ދަފްތަރު ނަންބަރު 7615/ މާލެ، އިބްރާހީމް ނާޡިމްއާއި ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން އިސްމާޢީލް ޖަލީލް މުޙައްމަދުގެ ގެ […] 04ވަނަ ފްލޯ ކުއްޔަށް ހިފުމަށްފަހު އެ ފްލޯ ދޫކޮށްލާފައިވުމުން އިބްރާހީމް ނާޡިމް […] 04ވަނަ ފްލޯގައި އުޅުނު މުއްދަތުގެ ތެރޭގައި […] 04ވަނަ ފްލޯއަށާއި ތަކެއްޗަށް ގިނަ ގެއްލުންތަކެއް ލިބި މަރާމާތުކުރަންޖެހު މުން […] 04ވަނަ ފްލޯއަށް ލިބިފައިވާ ގެއްލުމުގެ ބަދަލު ހޯދުމަށް އެދި އިބްރާހީމް ނާޡިމް ގެ މައްޗަށް އިސްމާޢީލް ޖަލީލް މުޙައްމަދު ދަޢުވާކޮށްފައިވާ މައްސަލައިގައި އިސްމާޢީލް ޖަލީލް މުޙައްމަދުގެ ފަރާތުން އެދިފައިވާ ކަންކަން ޝަރީޢަތަށް ސާބިތުނުވާކަމަށް ކަނޑައަޅައި، […] / މާލެ، އިސްމާޢީލް ޖަލީލް މުޙައްމަދު ތަން މަރާމާތުކުރުމަށާއި ކަލަރ މޮނިޓަރ ވަޔަރ ސިސްޓަމަކާއި ކަނެކްޝަން ޗާޖެއް ގަތުމަށް ދިޔަ ޚަރަދުކަމަށް ބުނެ ނަގައިދިނުމަށް އެދިފައިވާ 50,000/-ރ) .ފަންސާސްހާސް ރުފިޔާ ( ދަފްތަރު ނަންބަރު 7615/ މާލެ، އިބްރާހީމް ނާޡިމްގެ ކިބައިން ނަގައިދޭނެ ތަނެއް ނެތްކަމަށް ކަނޑައަޅައި، އިބްރާހީމް ނާޡިމްގެ ޣައިރު ޙާޟިރުގައި ޙުކުމްކޮށްފީމެވެ[. މިފަދައިން ކަން އެނގެން އޮވެއެވެ . އިސްތިއުނާފީ ނުކުތާ ތައު: 3- ސިވިލް ކޯޓު ގެ ނަންބަރު 3481/Cv-C/2018 ޤަޟިއްޔާ އެކޯޓުން ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށްބުނެ، އިސްމާޢީލް ޖަލީލް މުޙައްމަދު ގެ ފަރާތުން އިސްތިއުނާފު ކުރުމަށް އަންނަނިވި ނުކުތާ ފާހަގަކޮށް އެނުކުތާއާ މެދު ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ . އެ ނުކުތާއަކީ : އިސްތިއުނާފުކުރާ ފަރާތުން މައްސަލަ ސާބިތުކުރުމަށްޓަކައި ހުށަހަޅާފައިވާ ޑޮކިއުމަންޓްތަކަށް ރިޢާޔަތްކުރުމެއްނެތި މައްސަލަ ނިންމާ ޙުކުމްކޮށްފައިވާ ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ . ފާހަގަކުރެވުނު ނުކުތާތައް : 4- ސިވިލް ކޯޓު ގެ ނަންބަރު 3481/Cv-C/2018 ޤަޟިއްޔާ އެކޯޓުން ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށްބުނެ، އިސްމާޢީލް ޖަލީލް މުޙައްމަދު ގެ ފަރާތުން އިސްތިއުނާފު ކުރުމަށް ހުށަހަޅާފައިވާ ނުކުތާއަ ށ އ، އެނުކުތާއާ ގުޅިގެން ދެފަރާތު ން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާ ގުޅުންހުރި ލިޔެކިޔުންތަކުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނައި ބެލިއިރު، އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
4.1- ސިވިލް ކޯޓު ގެ ނަންބަރު 3481/Cv-C/2018 ޤަޟިއްޔާގައި އިސްމާޢީލް ޖަލީލް މުޙައްމަދު ގެ ފަރާތުން އެދިފައިވަނީ އިސްމާޢީލް ޖަލީލް މުޙައްމަދާއި އިބްރާހީމް ނާޡިމާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން […] 04ވަނަ ކުއްޔަށްދީފައިވާ މުއްދަތުގެ ތެރޭގައި ގިނަ ގެއްލުންތަކެއް 04ވަނަ ފްލޯއަށާއި ތަކެއްޗަށް ލިބި މަރާމާތުކުރަން ޖެހުމުން ޚަރަދުވި 48,000/-ރ. )ސާޅީސްއަށް ހާސް ރުފިޔާ ( އާއި، ކަލަރ މޮނިޓަރ 4 ވަޔަރ ސިސްޓަމް ގަތުމަށް ޚަރަދުވި2,000/- ރ) .ދެހާސްރުފިޔާ( އާއި އެކު ޖުމްލަ 50,000/-ރ. )ފަންސާސްހާސް ރުފިޔާ ( ނަގައިދިނުމަށެވެ .
4.2- މިމައްސަލައާ ގުޅިގެން އިސްމާޢީލް ޖަލީލް މުޙައްމަދު ގެ ދަޢުވާ ސާބިތުކުރުމަށްޓަކައި ސިވިލް ކޯޓަށް ހުށަހަޅާފައިވާ ހެކިތަކަށް ބަލާއިރު، 4 )ހަތަރެއް ( ޑޮކިއުމެންޓެއް ހުށަހަޅާފައިވެއެވެ . ފުރަތަމަ ޑޮކިއުމެންޓަކީ، 48,000/-ރ. )ސާޅީސްއަށް ހާސް ރުފިޔާ( ފައިސާގެ ބިލެކެވެ . އެއީ […] ގެ 4ވަނަ ފްލޯ ގައި ކޮށް ނިންމާފައިވާ މަސައްކަތަށް ހަމަޖައްސާފައިވާ އަގުކަމަށް ބަޔާންކޮށްފައިވާ ބިލެކެވެ . ބިލުގެ ތާރީޚަކީ 31 މެއި 2018 އެވެ . އެ ފައިސާ ލިބިފައިވާ ކަމަށް އެ ބިލުގެ ތިރީގައި ސޮއިކޮށްފައިވެއެވެ . ދެވަނަ ޑޮކިއުމެންޓަކީ، […] ގެ 4ވަނަ ފްލޯ ގައި ކުރަންޖެހޭ މަރާމާތުގެ ތެރެއިން މައިގަނޑު މަސައްކަތާއި އެ މަސައްކަތްތައް ކުރެވޭ އެސްޓިމޭޓެވެ. އެސްޓިމޭޓުގައިވާ ގޮތުން އެ މަސައްކަތުގެ އަގަކީ 48,000/-ރ) .ސާޅީސްއަށްހާސް ރުފިޔާ ( އެވެ . އެލިޔުމުގެ ތާރީޚަކީ 3 މެއި 2018އެވެ . އެއްވަނަ އަދި ދެވަނަ ޑޮކިއުމެންޓު ހުށަހަޅާފައިވަނީ، ތަން މަރާމާތުކުރުމަށް 48,000/-ރ) .ސާޅީސްއަށްހާސް ރުފިޔާ ( އެސްޓިމޭޓަކަށް ދެވުނުކަމާއި، އެފައިސާ އިސްމާޢީލް ޖަލީލް މުޙައްމަދު ދައްކާފައިވާކަން ސާބިތުކުރުމަށެވެ. ތިންވަނަ ޑޮކިއުމެންޓަކީ، އީ ޓޯކްގެ ޓެކްސް އިންވޮއިސްއެކެވެ . އެއީ ކަލަރ މޮނިޓަރ 4 ވަޔަރ ސިސްޓަމަކާއި މޮނިޓަރ ކަނެކްޝަން ޗާޖަރަކާ ގުޅޭ އިންވޮއިސްއެކެވެ . އެ އިންވޮއިސްގެ ޖުމްލައަކީ 2,000/-ރ. )ދެހާސް ރުފިޔާ( އެވެ . މި އިންވޮއިސް ހުށަހަޅާފައިވަނީ އެތަކެތި ހަލާކު ކޮށްފައިވާތީ އެ ތަކެތި ގަތުމަށް އެ ޢަދަދަށް ފައިސާ ޚަރަދުކުރިކަން ސާބިތުކުރުމަށެވެ . ހަތަރުވަނަ ޑޮކިއުމެންޓަކީ، ފާޚާނާ ތަށްޓެއްގެ ބަޔަކާއި، ތަޅުމުގެ ތަށިމުށި ފެންނަގޮތަށް ނަގާފައިވާ ފޮޓޯއެކެވެ . މި ފޮޓޯ ހުށަހަޅާފައިވަނީ ފާޚާނާއާއި ތަށިމުށިގަނޑު ސާފުނުކުރެވޭ ވަރަށް ހަލާކުވެފައިވާކަން ސާބިތުކުރުމަށް ކަމަށް ބަޔާންކޮށެވެ .
4.3- އިސްމާޢީލް ޖަލީލް މުޙައްމަދު ގެ ފަރާތުން އެދިފައިވަނީ އިސްމާޢީލް ޖަލީލް މުޙައްމަދާއި އިބްރާހީމް ނާޡިމާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން އިބްރާހީމް ނާޡިމަށް […] 04ވަނަ ކުއްޔަށްދީފައިވާ މުއްދަތުގެ ތެރޭގައި ތަނަށާއި ތަކެއްޗަށް ލިބިފައިވާ ގެއްލުމުގެ ބަދަލު ހޯދުމަށް ކަމަށްވާއިރު، އެތަން އިބްރާހީމް ނާޡިމަ ށ ކުއްޔަށް ދިންކަން ސާބިތުކުރުމުގެ ގޮތުން އިސްމާޢީލް ޖަލީލް މުޙައްމަދު ގެ ފަރާތުން ޝަފަވީ ނުވަތަ ކިތާބީ އެއްވެސް ހެއްކެއް ހުށަހަޅާފައިނުވެއެވެ . އެހެން ނަމަވެސް އެ ތަން ކުއްޔަށް ހިފައިގެން އުޅުނުކަމާ މެދު އިންކާރުނުކުރާކަމަށް އިބްރާހީމް ނާޡިމު ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ބުނެފައިވެއެވެ .
4.4- އިސްމާޢީލް ޖަލީލް މުޙައްމަދުގެ ފަރާތުން މި މައްސަލައާ ގުޅިގެން ހުށަހަޅާފައިވަނީ އިސްވެ ބަޔާންކުރެވުނު 4 ޑޮކިއުމެންޓެވެ . އެ އިން އެއްވެސް ޑޮކިއުމެންޓަކުން […] 04ވަނަ ފްލޯ ގައި ކޮށްފައިވާ މަރާމާތަކީ އިބްރާހީމް ނާޡިމް ބޭނުންކުރުމުގެ ސަބަބުން ކުރަންޖެހުނު މަރާމާ ތެއްކަން އެނގެން ނެތެވެ . DX ::J :;J D/ -" ,tOJ./"'.7.1""' .so.,.,..,r~ 2019/HC-A/543 ~ ~ 7 .;:1,.0 .;;J :ID:IU. 0/ t. 0"" >Lt. (. D >-" .A .s v .JO ~.J'.r ~ v ./"./"tiP ./".JO .A /".?/"tiP .S~./tiP "'""' ,.,, ~ //~:1 ~ D.;~ ,.t,D ""'Dt. (),;_, ~D t.>,D:IOt. ..,,.t. D / t. /:I/ .J'"' ~ .JO .J' ./" tiP.JO v .r"' .J'.JO tiP~ ./" v .J' .A"' .J' ~tiP .A .A ./" .s./" .?./" l! .s v .JO ./".;I'.A .s .r"' .A ~.n.;I' tiP .A .s .? v + 6 .... ,. .; .... .... .... t.C.t.:l / t.,.> Ot.Dt. D,; •.J' .A.J' ./".A"' .J-.//"./ .A v .A./ ~.n .J' + .,~.,.,, ,,.D.;>>>~ ""' 0/ .J' .A"' .J-.//"./ .AVf!!/".?~V.JOtiP~ /~A.? ,. ,. ,. t.Dl.>Ot.>O;~ 0//00/:l X 3481/Cv-C/2018 .JO ./".A .?.J' .A~ v .JO .n 4~ /"V.JOf!!./".?.AV t. ,. t.t.t. Ot.t.t. D,.,.~ "'~"'" • .J'.JO./" ./".J'.;I' tiP /".? v .J' .A"' .J' .?./"./" 0:1:1:1 D"" t.>Xt. 0..,0.; >>L>D~/ /:1/+:J:J :l>t.:l//6 t.D •./".?~ ./ ./".JO .? .s.JO .s .A ./" v ./" v ./".J'~ v ./".n tiP .A .s v .JO .JO v ./" ./".J'~ v .s ./"' .J' ~.A + ,. «.c.O;Dt.>""'"" D"" :1> ~ ,;~().; :1 ./ e _,.,_,.,_,., .s.?.r "" /".? v ./, .J' ,..A"' .J' .A~ v 3481/Cv-C/20 18 Ot..;,; >:1~ .A tiP tiP~ ./"./" .s + t. t. ox 0 > > • .J' .?.,I /" v.? v ./, + :10:1> "'"" ~" , ~V_?V./, .A.,:I'tiP ,/1.A~ J _? 6 , .... , 0:;1 ;t:;J;I ~ ::J(?""' C.U.0 1!- ' 3 31 6 471 ' ./"'J./"' / tf~OPA ' ~v-:-"" JCA~ -: .P~ WWW·hi ghCO Urt ·gOV · ITI V info@ hi ghcourt·gov ·m v
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
—
ޝަރީޢަތުގެ ވީޑިއޯ
މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.