ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
2019/HC-A/111

އަރައިސިންގ ޕްރައިވެޓް ލިމިޓެޑް ވ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ ޕލކ

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި
ސުޕްރީމް ކޯޓަށް އިސްތިއުނާފުކޮށްފައި ނުވޭ · ރަޖިސްޓްރީ ބެލީ 15 އޮކްޓޫބަރު 2026ޙުކުމުގެ ހާލަތު
ހައިކޯޓު · 10 ނޮވެމްބަރު 2021ދަށު ކޯޓު: ސިވިލް ކޯޓު 421/Cv-C/2018ބާވަތް: މަދަނީ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
ސިވިލް ކޯޓު 421/Cv-C/2018
ފަހުގެ ތާރީޚު
ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް

ކޯ ޓާމްސް

ޚުލާޞާ

ކޯޓުން ނިންމަން ޖެހުނު ސުވާލު
ޢިމާރާތް ތަޅައި ސާފުކުރުމުގެ މަސައްކަތުގެ 12 އިންސައްތަ ފުރިހަމަކުރިކަމަށް ދަށުކޯޓުން ކަނޑައެޅީ ހެކީގެ އަސާސެއްގެ މައްޗަށްތޯ، އަދި ދަޢުވާކުރި ފަރާތުން ހުށަހެޅި ފޮޓޯތަކަށް ރިޢާޔަތްނުކޮށް މައްސަލަ ނިންމާފައިވާތޯ.

ނިންމުން

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި

އިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ޙުކުމް ޤާއިމް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

HN1 ދަޢުވާކުރި ފަރާތުގެ އަމިއްލަ ހެކިވެރިޔާގެ ހެކިބަހާއި ދަޢުވާލިބޭ ފަރާތުން ހުށަހެޅި ހިސާބުން ފުރިހަމަކުރި މަސައްކަތުގެ މިންވަރު އެނގެން އޮތްނަމަ، އެ މިންވަރަށްވުރެ އިތުރަށް މަސައްކަތް ކުރިކަން ސާބިތުނުވާ ހާލަތުގައި ދަށުކޯޓުން އެ މިންވަރު ކަނޑައެޅުމަކީ އަސާސެއް ނެތި ކުރި ކަނޑައެޅުމެއް ނޫނެވެ.

HN2 ދަށުކޯޓުގެ ރިޕޯޓުގެ ނުކުތާތަކުގައި ވަކި ހެއްކެއްގެ ވާހަކަ ސީދާ ބަޔާންކޮށްފައި ނެތްނަމަވެސް، މުޅި ރިޕޯޓު ކިޔާލުމުން ޖުމްލަ ގޮތެއްގައި ހުށަހެޅުނު އެންމެހާ ހެކިތަކަށް ރިޢާޔަތްކޮށްފައިވާކަން ދޭހަވާނަމަ، އެ ހެއްކަށް ރިޢާޔަތްނުކުރާކަމަށް ބުނެވޭކަށް ނެތެވެ.

HN3 ހެއްކަކަށް ރިޢާޔަތްނުކުރިކަމަށް ބަލައިފިނަމަވެސް، އެ ހެއްކަށް ރިޢާޔަތްކޮށްފިނަމަ ނަތީޖާ ބަދަލުވާނެކަމަށް (ޙުކުމަށް އަސަރުކުރާނެކަމަށް) ދެއްކޭ ޤާނޫނީ ހަމައެއް އިސްތިއުނާފުކުރާ ފަރާތުން ދައްކަން ޖެހެއެވެ؛ އެކަން ނުދައްކާނަމަ އެ ނުކުތާގެ މައްޗަށް ޙުކުމް ބަދަލުނުކުރެވޭނެއެވެ.

ވަކީލުންނާއި ފަނޑިޔާރުން

ވަކީލުން
—
ބެންޗު
ފަނޑިޔާރު ޙުސައިން މަޒީދު، ފަނޑިޔާރު ޢަލީ ސަމީރު، ފަނޑިޔާރު ޙުސައިން ޝަހީދު
ރިޔާސަތު
—
ރައުޔު ލިޔުނު ފަނޑިޔާރު
ފަނޑިޔާރު ޙުސައިން މަޒީދު · ތާއީދުކުރެއްވީ: ފަނޑިޔާރު ޢަލީ ސަމީރު، ފަނޑިޔާރު ޙުސައިން ޝަހީދު
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.

1އެ ދަޢުވާ އެކޯޓުގައި ބަލާފައިވަނީ ނަންބަރު 421/Cv-C/2018 ޤަޟިއްޔާ ގައެވެ. އެ ދަޢުވާއާ ގުޅިގެން ސިވިލް ކޯޓުން ކުރި ޙުކުމާމެދު ހިތްހަމނުޖެހިގެނަ އަރައިސިން އިން އެ މައްސަލަ ދިވެހިރާއްޖެގެ ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ. މިއީ އެގޮތުން ބެލި އިސްތިއުނާފީ ޤަޟިއްޔާއެވެ. ސިވިލް ކޯޓުގެ ޙުކުމް ބިނާކޮށްފައިވާ މައިގަނޑު ސަބަބުތައް

5ސިވިލް ކޯޓުގެ ނަންބަރު 421/Cv-C/2018 ޤަޟިއްޔާގެ ޙުކުމް ބިނާކޮށްފައިވަނީ އަންނަނިވި މައިގަނޑު ސަބަބުތަކުގެ މައްޗަށެވެ.

5.3. މަސައްކަތުގެ ޖުމްލަ އަގުގެ ގޮތުގައި ކަނޑައެޅުނު -860,000/ރ. (އަށްލައްކަ ފަސްދޮޅަސްހާސް ރުފިޔާ) ގެ ތެރެއިން (އެ އަގުގެ) %35 (ފަނަރަ އިންސައްތަ) އަށްވާ -129,000/ރ. (އެއްލައްކަ ނަވާވީސްހާސް ރުފިޔާ) ދަޢުވާލިބޭ ފަރާތުން ދަޢުވާކުރާ ފަރާތަށް އަދާކޮށްފައިވާކަން އެނގެން އޮންނަކަމާއި، މިބުނެވުނު ކަންކަމުގެ މައްޗަށް ދަޢުވާކުރާ ފަރާތާއި ދަޢުވާލިބޭ ފަރާތުގެ ދެމެދުގައި އެއްވެސް މިންވަރެއްގެ ޚިލާފުވުމެއް އުފެދިފައި ނުވާކަން އެނގެން އޮތުން.

5.3. ކިތާބީ ހެކީގެ ގޮތުގައި ދަޢުވާކުރާ ފަރާތުން ހުށަހެޅި 22 (ތިނެއް) ލިޔުމަކީވެސް އެ ލިޔުންތަކުގެ ޒާތުގައި، އެއްބަސްވުމުގެ ދަށުން ދަޢުވާކުރާ ފަރާތުން ކުރި މަސައްކަތުގެ މިންވަރު ޝަރީޢަތުގައި ކަޝްފުކޮށް ހާމަކޮށްދެވޭފަދަ 22 (ތިނެއް) ލިޔުން ނޫންކަމާއި، އަދި އެ 22 (ތިނެއް) ލިޔުމުގެ . ސިވިލް ކޯޓުގެ ނަންބަރު 421/Cv-C/2018 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓް. ތެރޭގައި ހިމެނޭ23 (ދޭއް) ޓެކްސް އިންވޮއިސްގައި، އެ އިންވޮއިސްގައި މައްސަލައެއް އުޅޭނަމަ އިންވޮއިސްގައިވާ ތާރް ޚން ފެށިގެން31 (ސައުވީސް) ގަޑިއިރުގެ ތެރޭގައި އެކަމެއް ހުށަހެޅުމަށް އަންގައި ޝަރުޠެއް ކުރިމަތި ކޮށްފައި ވީނަމަވެސް، ދަޢުވާކުރާ ފަރާތުގެ މިބުނެވުނ 23 (ދޭއް) އިންވޮއިސްއަކީވެސް އެއްބަސްވުމުގައި މަސައްކަތް ނިންމުމަށް ދެފަރާތުން އެއްބަސްވި މުއްދަތު (ދަޢުވާކުރާ ފަރާތުގާ ފުރަތަމަ އިންވޮއިސްކަމުގައިވ ނަންބަރާ AR/38/2015 އިންވޮއިސްގައިވާ ތާރީޚުކަމުގައިވާ 33 މެއި 3235 އިން ފެށިގެން ބެލިކަމުގައި ވީނަމަވެސް) 22 (ތިރީސް) ދުވަސް ފާއިތުވެ ދިޔަފަހުން އަދި ދެފަރާތުގެ ދެމެދުގައި ކުރެވުނު މަސައްކަތުގެ މިންވަރާމެދު ޚުސޫމާތެއް އުފަންވުމަށްފަހު، އެކަމަށް ޙައްލެއް ލިބުމުގެ ކުރިއަށް ދަޢުވާކުރާ ފަރާތުން ހުށަހަޅާފައިވާ އިންވޮއިސްތަކަކަށްވާ ސަބަބަށްޓަކައި، ކުރެވުނު މަސައްކަތުގެ މިންވަރު އެނގި ހާމަވުމުގެ ކުރިއަށް ދަޢުވާކުރާ ފަރާތުން އިންވޮއިސްގައި ހިމެނި މިބުނެވުނު ޝަރުތަކީ އެޝަރުތުގެ ސަބަބުން ކުރެވުނު މަސައްކަތުގެ މިންވަރު ޘާބިތުކޮށްދިނުމަށް ބޭނުންކުރެވިދާނޭ ޝަރު ތަކަށް ނުވާނކަނެ އެނގެން އޮންނާތީ، ދަޢުވާކުރާ ފަރާތުން ދަޢުވާފޯމާއެކު ކިތާބީ ހެކީގެ ގޮތުގައި ހުށަހެޅި 22 (ތިނެއް) ލިޔުމަކީ ދެފަރާތުގެ މެދުގައި ވެވުނު އެއްބަސްވުމުގެ ދަށުން ދަޢުވާކުރާ ފަރާތުން ކުރި މަސައްކަތުގު މިންވަރު ހާމަކޮށްދިނުމުގައި ބޭނުންކުރެވިދާނޭ ލިޔުންތަކެއް ނޫންކަން އެނގެން އޮތުން.

5.2. މި މައް ސަލައ ގުޅިގެނާ ދަޢުވާކުރާ ފަރާތުން ހުށަހެޅި ހެކިންކުރެ ސ.މީދޫ / ގުލްފާމުގެ އަޙްމަދު ލަޠީފްއަކީ ދަޢުވާލިބޭ ފަރާތުގެ މުވައްޒަފެއްގެ ޙައިސިއްޔަތުން މަސައްކަތާ ޙަވާލުވެ ހުރި އެންމެ އިސްފަރާތްކަން ދަޢުވާކުރާ ފަރާތުގެ ހެކިންގެ ލިސްޓަށް ބެލުމުން އެނގެން އޮންނހަ ނދު، ދަޢުވާކުރި ފަރާތުން ދަޢުވާ ޘާބިތުކުރުމަށް ހުށަހެޅި ހެއްކެއްގެ ޙައިސިއްޔަތުން އަޙްމަދު ލަޠީފް ޝަރީޢަތުގައި ހެކިބަސް އަދާކުރަމުން ދައްކާފައިވާ ވާހަކަތަކުގައި ދަޢުވާލިބޭ ފަރާތުން ދަޢުވާކުރާ ފަރާތް މަސައްކަތުން ވަކިކުރީ ނޫންކަމާއި، އެއްބަސްވި މުއްދަތަށް ދަޢުވާކުރާ ފަރާތަށް މަސައްކަތް ނިންމިފައި ނުވާކަމާއި، ދަޢުވާކުރާ ފަރާތުގެ މަސައްކަތް މަޑުޖެހޭފަދަކަމެއ ނުވަތް ހުއްޓޭފަދަ ކަމެއް ނުވަތަ އެންގުމެއް ދަޢުވާލިބޭ ފަރާތުން އަންގާފައިވާ ނުވާކަމުގެ އިތުރުން، ހެކިވެރިޔާއަށް ދަޢުވާކުރާ ފަރާތުން ކުރް މަސައްކަތުގެ ސ ދ މިންވަރާ ނެނގޭކަމާއި، ނަމަވެސް ދަޢުވާލިބޭ ފަރާތަށް ނިސްބަތްވާ އެހެން ބަޔަކު މެދުވެރިކޮށް ދަޢުވާކުރާ ފަރާތުން ކުރި މަސައްކަތުގެ މިންވަރަކީ ކޮބައިތޯ ބެލިއިރު އެ މިންވަރަކީ %33 (ބާރަ އިންސައްތަ) ކަމުގައި ބުނެ ހެކިބަސް އަދާކޮށްފައިވާތީ، ދަޢުވާކުރާ ފަރާތއާ ދަޢުވާލިބޭ ފަރާތާ ދެމެދުގައި ވެވުނު އެއްބަސްވުމުގެ ދަށުން ދަޢުވާކުރާ ފަރާތުނ މި ދަޢުވާގައި ބަޔާންކޮށްފައިވާ މިންވަރުގެ މަސައްކަތެއް ނުވަތަ ދަޢުވާލިބޭ ފަރާތުން ދަޢުވާކުރާ ފަރާތުން ފުރިހަމަކުރިކަމަށް ބުން މިންވަރަށްވުރެ އިތުރަށް މަސައްކަތެއް ކޮށްފައިވާކަނަ އެނގެން ނެތްކަމާއި، އަދި މަދަނީ މިންގަނޑުން ބަލާއިރު، ދަޢުވާކުރާ ފަރާތަށް މި މަސައްކަތުގައި ފުރިހަމަ ކުރެވިފައިވަނީ %33 (ބާރަ އިންސައްތަ) އަށްވާ މަސައްކަތް ކަމުގައި ޝަރީޢަތުން ބަލަންޖެހުން، މިއެވެ.

ސިވިލް ކޯޓުގެ ޙުކުމް

6ސިވިލް ކޯޓުގެ ނަންބަރު 421/Cv-C/2018 ޤަޟިއްޔާގެ ޙުކުމގައިވަނު އަންނަނިވި ފަދައިންނެވެ. "ދެންފަހެ، ބުނެވިދިޔަ ކަންކަން އެގޮތުގައި ހުރުމާއެކު، އަރައިސިނ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން މޯލްޑިވްސ ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ ގެ މައްޗަށް ދަޢުވާކޮށް ހުށަހަޅާފައިވާ މި މައްސާ ލާގައި، ދެފަރާތުގެ ދެމެދުގައި ވެވުނު އެއްބަސްވުމުގެ ދަށުން، ދަޢުވާކުރާ ފަރާތާ ޙަވާލުކުރެވުނު އެމް.ޓީ.ސީ.ސީގެ ހެޑް އޮފީސް ޢިމާރާތް ތަޅައި އެތަން ސާފުކުރުމުގެ މަސައްކަތުގެ ތެރެއިން ދަޢުވާކުރާ ފަރާތަށް ފުރިހަމަކުރެވިފައިވަނީ މުޅި މަސައްކަތުގެ % 33 (ބާރަ އިންސައްތަ) ކަން މަދަނީ މިންގަނޑުތަކުން . ސިވިލް ކޯޓުގެ ނަންބަރު 421/Cv-C/2018 ޤަޟިއްޔާގެ ޙުކުމް . ޝަރީޢަތަށް ބުރަވެވުނުހިނދު، ދަޢުވާލިބޭ ފަރާތުން މި މަސައްކަތުގެ އަގުގެ %35 (ފަނަރަ އިންސައްތަ) އަދާކޮށްފައިވާކަން ދެފަރާތުގެ ބަހުންނާއި ހުށަހެޅިފައިވާ ލިޔުންތަކުން އެނގެން އޮތުމާއެކު، ދަޢުވާކުރާ ފަރާތުގެ މިދަޢުވްއެފަރާތަށު ޝަރީޢަތުގައި ޘާބިތުކޮށްދެވިފައި ނުވާކަމަށާއި، އަދި ދަޢުވާލިބޭ ފަރާތުނ ދަޢުވާކުރާ ފަރާތަށް ދައްކާފައިވާ ފައިސާގެ ތެރެއިން ދަޢުވާކުރާ ފަރާތުން ފުރިހަމަކުރި މަސައްކަތުގެ އަގު އުނިކޮށް ބާކީވާ ފައިސާ ހޯދުމަށް ދަޢުވާކުރުމުގެ ޙައްޤު ދަޢުވާލިބޭ ފަރާތަށް ލިބިގެން ވީނަމަވެސް، މިދަޢުވާގައި ދަޢުވާލިބޭ ފަރާތުން ބަޔާންކުރި ގެއްލުމުގެ ބަދަލާ ގުޅޭގޮތުން ދަޢުވާކުރާ ފަރާތުގެ މައްޗަށ ދަޢުވާކުރުމުގެ ޙައްޤު ދަޢުވާލިބޭ ފަރާތަށް ލިބިގެން ނުވާކަމުގައި ކަނޑައަޅައި، މިގޮތުގެމަތީން ޙުކުމް ކޮށްފީމެވެ." އިސްތިއުނާފީ ނުކުތާތައް

3ސިވިލް ކޯޓުގެ ނަންބަރު 421/Cv-C/2018 ޤަޟިއްޔާ އިސްތިއުނާފުކުރަމުން އަރައިސިނގެ ފަރް ތ ނ އަންނަނިވި 02 (ދޭއް) ނުކުތާ ހުށަހަޅާފައު ވެއެވެ.  ފުރަތަމަ ނުކުތާ އަކީ: އިސްތިއުނާފުކުރާ ފަރާތާ ޙަވާލުކުރެވުނު އެމް.ޓީ.ސީ.ސީގެ ހެޑް އޮފީސް ޢިމާރާތް ތަޅައި އެތަން ސާފުކުރުމުގެ މަސައްކަތުގެ ތެރެއިން އިސްތިއުނާފުކުރާ ފަރާތަށް ފުރިހަމަ ކުރެވިފައިވަނީ މުޅި މަސައްކަތުގެ %33 (ބާރަ އިންސައްތަ) ކަން މަދަނީ މިންގަނޑުތަކުން ޝަރީޢަތަށް ބުރަވެވިފައިވަނީ ކޮން އަސާސެއްގެ މައްޗަށް ބިނާކޮށްގެންކަން އެނގެން ނެތް ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.  ދެވަނަ ނުކުތާ އަކީ: އިސްތިއުނާފުކުރާ ފަރާތުން ޑޮކިއުމަންޓް އެވިޑެންސް ގޮތުގައި ހުށަހަޅާފައިވާ ފޮޓޯތަކަށް ރިޢާޔަތްކުރުމެއްނެތި މައްސަލަ ނިންމާފައިވާ ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ. އިސްތިއުނާފީ ނުކުތާތަކާމެދު ދެފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި ދައްކާފައިވާ ވާހަކަތަކުގެ ޚުލާޞާ

2. އިސްތިއުނާފީ ނުކުތާތަކާ ގުޅިގެން އަރައިސިންގެ ފަރާތުން މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވަނީ އަރައިސިނ އިން ނިންމާފައިވަން މަސައްކަތުގެ %33 ކަމަށް ދަށުކޯޓުން ކަނޑައަޅާފައިވާ އަސާސެއް އެނގެން ނެތް ކަމަށާއި އިސްތިއުނާފުކުރާ ފަރާތުން ޑޮކިއުމަންޓް އެވިޑެންސް ގޮތުގައި ހުށަހަޅާފައިވާ ފޮޓޯތަކަށް ރިޢާޔަތްކުރުމެއްނެތި މައްސަލަ ނިންމާފައިވާކަމަށެވެ. އަދި ދިވެހިރާއްޖޭގެ ހައިކޯޓުގައި އެދޭގޮތަކީ ދަށު ކޯޓުގެ ޙުކުމް ބާޠިލްކޮށް، އަރައިސިނ އިން ދަށުކޯޓުގައި ދަޢުވާކޮށް އެދިފައިވާ ފަދައިން އެ ފައިސާއަކީ އެމް.ޓީ.ސީ.ސީގެ ފަރާތުން އަރައިސިންއަށް ދޭންޖެހޭ ފައިސާކަމަށް ކަނޑައަޅައިދިނުން ކަމަށެވެ.

3. ޖަވާބުގައި އެމް.ޓީ.ސީ.ސީގެ ފަރާތުން ބުނެފައިވަނީ އަރައިސިނ އިން ނިންމާފައިވަން މަސައްކަތުގެ %33 ކަމަށް ދަށު ކޯޓުން ކަނޑަ އަޅާފައިވަނީ ހެއްކަށް ރިޢާޔަތްކޮށް ކަމަށާއި މައްސަލަ ނިންމުމުގައި އަރައިސިންގެ ފަރާތުން ހުށަހެޅި ފޮޓޯތަކަށްވެސ ރިޢާޔަތްކޮށްފައިވާކަން ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން އެނގޭކަމަށެވެ. އެހެންކަމުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އެދޭގޮތަކީ ދަށުކޯޓުގެ ނިންމުމަށް ބަދަލުގެންނަންޖެހޭ ތަނެއް ނެތްކަމަށް ކަނޑައަޅައިދިނުންކަމަށެވެ. އިސްތިއުނާފީ ފުރަތަމަ ނުކުތާއާމެދު ޝަރީޢަތުން ރިޢާޔަތްކުރިގޮތ

32އިސްތިއުނާފީ ފުރަތަމަ ނުކުތާއަކީ އިސްތިއުނާފުކުރާ ފަރާތާ ޙަވާލުކުރެވުނު އެމް.ޓީ.ސީ.ސީގެ ހެޑް އޮފީސް ޢިމާރާތް ތަޅައި އެތަން ސާފުކުރުމުގެ މަސައްކަތުގެ ތެރެއިން އިސްތިއުނާފުކުރާ ފަރާތަށް ފުރިހަމަ ކުރެވިފައިވަނީ މުޅި މަސައްކަތުގެ %33 (ބާރަ އިންސައްތަ) ކަން މަދަނީ މިންގަނޑުތަކުން ޝަރީޢަތަށް ބުރަވެވިފައިވަނީ ކޮން އަސާސެއްގެ މައްޗަށް ބިނާކޮށްގެންކަން އެނގެން ނެތް ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ. މިނުކުތާއަށް ޝަރީޢަތުން ރިޢާޔަތްކުރިއިރު އަންނަނިވި ކަންކަން ފާހަގަކުރެވެއެވެ.

32.3. ސިވިލް ކޯޓުގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ ފާހަގަކުރެވުނު 2 ވަނަ ނުކުތާގެ (ޅ) ގެ ފަހު ޕެރެގްރާފުގައި، ސިވިލް ކޯޓުގައި ދަޢުވާކުރި އަރައިސިނ އިން ހުށަހެޅް ހެކިންކުރެ ސ. މީދޫ، […] އަޙްމަދު ލަޠީފްގެ ހެކިބަހުގައި ހުރި ބައެއް ވާހަކތައަ ފާހަގަކޮށް އަންނަނިވި ފަދައިން ބަޔާންކޮށްފައިވެއެވެ. "... ނަމަވެސް ދަޢުވާލިބޭ ފަރާތަށް ނިސްބަތްވާ އެހެން ބަޔަކު މެދުވެރިކޮށަދަޢުވާކުރާ ފަރާތުން ކުރި މަސައްކަތުގެ މިންވަރަކީ ކޮބައިތޯ ބެލިއިރު އެ މިންވަރަކީ %33 (ބާރަ އިންސައްތަ) ކަމުގައި ބުނެ ހެކިބަސް އަދާކޮށްފައިވާތީ، ދަޢުވާކުރާ ފަރާތާއި ދަޢުވާލިބޭ ފަރާތާ ދެމެދުގައި ވެވުނު އެއްބަސްވުމުގެ ދަށުން ދާ ޢުވާކުރ ފަރާތުން މި ދަޢް ވާގައ ބަޔާންކޮށްފައިވް މިންވަރުގެ މަސައްކަތެއް ނުވަތަ ދަޢުވާލިބޭ ފަރާތުނ ފުރިހަމަކުރިކަމަށް ބުނާ މިންވަރަށްވުރެ އިތުރަށި މަސައްކަތެއް ކޮށްފައިވާކަން އެނގެން ނެތްކަމާއި، އަދ މަދަނީ މިންގަނޑުން ބަލާއިރު، ދަޢުވާކުރާ ފަރާތަށް މި މަސައްކަތުގައި ފުރިހަމަ ކުރެވިފައިވަނީ %33 (ބާރަ އިންސައްތަ) އަށްވާ މަސައްކަތް ކަމުގައި ޝަރީޢަތުން ބަލަންޖެހޭކަމެވެ." މި ނުކުތާއަށް ބެލުމުން، އަރައިސިންގެ ފަރާތުން ފުރިހަމަކޮށްފައިވަނީ މަސައްކަތުގެ %33 (ބާރު އިންސައްތަ) ކަމަށް ދަށު ކޯޓުން ނިންމިފައިވާ އަސާސަކަދަޢުވާކުރި ފަރާތުން ދަށުކޯޓަށް ހުށަހެޅ ހެކީގެ ހެކިބަހާއި، %33 (ބާރަ އިންސައްތަ) އަށް ވުރެ އިތުރަށް މަސައްކަތް ކޮށްފައިވު ކަން އެނގެން ނެތންކި ން އެނގެއެވެ.މީގެ އިތުރުން ދަށުކޯޓަށް ހުށަހެޅުނު ލިޔުންތަކުގެ ތެރޭގައި އަރައިސިންއަށް ފުރިހަމަކުރެވިފައިވަނީ މަސއްކަތުގ %33 (ބާރަ އިންސައްތަ) ކަނީ ސާބިތުކޮށްދިނުމަށް އެމް.ޓީ.ސ .ސީ އިން ހިސާބު ހުށަހަޅާފައިވެއެވެ. އެހެންކަމުން އަރައިސިނ އަށް ފުރިހަމަ ކުރެވިފައިވަނީ މުޅި މަސައްކަތުގެ %33 (ބާރަ އިންސައްތަ) ކަން މަދަނީ މިންގަނޑުން ދަށް ކޯޓަށު ބުރަވެވިފައިވަނީ ކޮން އަސްސެއްގެ މައްޗަށް ބިނާކޮށްގެންކަން އެނގެން ނެތީކަމަށ އަރައިސިނ އިން ފާހަގަކޮށްފައިވަނ ރަނގަޅަށް ނޫންކަމުގައި ދެކެމެވެ. އިސްތިއުނާފީ ދެވަނަ ނުކުތާއާމެދު ޝަރީޢަތުން ރިޢާޔަތްކުރިގޮތް

33އިސްތިއުނާފީ ދެވަނަ ނުކުތާއަކީ އިސްތިއުނާފުކުރާ ފަރާތުން ޑޮކިއުމަންޓް އެވިޑެންސް ގޮތުގައި ހުށަހަޅާފައިވާ ފޮޓޯތަކަށް ރިޢާޔަތްކުރުމެއްނެތި މައްސަލަ ނިންމާފައިވާ ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ. މި ނުކުތާއަށް ޝަރީޢަތުން ރިޢާޔަތްކުރިއިރު އަންނަނިވި ކަންކަން ފާހަގަކުރެވެއެވެ.

33.3. ސިވިލް ކޯޓުގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގައި ބަޔާނކޮށްފައިވް "ޤަޟިއްޔާއާގުޅޭ މުހިއްމު ލިޔުންތައް" މި ސުރުޚީގެ ދަށުން 1 ވަނަ ނަންބަރުގައި "ދަޢުވާކުރާ ފަރާތުން (25 މާރިޗް 3232 ގެ ބަޔާނާއެކު) ހުށަހެޅި ފޮޓޯތަކުގެ ކޮޕީ" މިފަދައިން ބަޔާންކޮށް ހިމަނާފައިވެއެވެ. ޝަރީޢަތަށް ފާހަގަކުރެވުނު ނުކުތާތަކުގައި އެ ފޮޓޯތަކުގެ ވާހަކަ ސީދާ ބަޔާންކޮށްފައިނުވެއެވެ. އެހެންނަމަވެސް މުޅި ރިޕޯޓު ކިޔާލުމުން ޖުމްލަ ގޮތެއްގައި ހުށަހެޅުނު އެންމެހާ ހެކިތަކަށް ރިޢާޔަތްކޮށްފައިވާކަން ދޭހަވެއެވެ. އެގޮތުން އިސްތިއުނާފީ ފުރަތަމަ ނުކުތާއަށް ރިޢާޔަތްކުރެވުނު ގޮތުގައި ނަކަލު ކުރެވުނު ސިވލި ކޯޓުގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ ފާހަގަކުރެވުނު 2 ވަނަ ނުކުތާގެ (ޅ) ގެ ފަހު ޕެރެގްރާފުގައިވާ އަންނަނިވި ޢިބާރާތް ފާހަގަކުރެވެއެވެ. ..." ދަޢުވާކުރާ ފަރާތާއި ދަޢުވާލިބޭ ފަރާތާ ދެމެދުގައި ވެވުނު އެއްބަސްވުމުގެ ދަށުން ދަޢުވާކުރާ ފަރާތުން މި ދަޢުވާގައާބަޔާންކޮށްފައިވާ މިންވަރުގެ މަސައްކަތެއް ނުވަތަ ދަޢުވާލިބޭ ފަރާތުން ފުރިހަމަކުރިކަމަށް ބުނީ މިންވަރަށްވުރެ އިތުރަށް މަސައްކަތެއް ކޮށްފައިވާކަން އެނގެން ނެތްކަމާއި..". މި ޢިބާރާތަށް ބެލުމުން ޖުމްލަ ގޮތެއްގައި ހުށަހެޅުނު ހެކިތަކުން އަރައިސިންގެ ފަރާތުން މަސއްކަތުގ %33 (ބާރަ އިންސައްތަ) އަށް ވުރެ އިތުރަށް މަސައްކަތް ކޮށްފައިވާކަން އެނގެން ނެތްކަން ދޭހަވެއެވެ. އެހެންކަމުން އަރައިސިންގެ ފަރާތުން ހުށަހެޅި ފޮޓޯތަކަށް ދަށު ކޯޓުނިއެއްގޮތަކަށްވެސ ރިޢާޔަތްކޮށްފައާނިވެ ކަމުގައި ބުނެވޭކަށްނެތްވެ. އަދި ބަހުސްގެ ބޭނުމަށް އެ ފޮޓޯތަކަށް ރިޢާޔަތްކޮށްފައިނުވާ ކަމަށް ބަލައި އެކަމުގެ ސަބަބުން ޙުކުމަށް އަސަރެއް ކޮށްފާނެތޯ ބަލާއިރު، އ ފޮޓޯތަކަށް ރިޢާޔަތްކޮށް އަރައިސިންގެ ފަރާތުން މަސައްކަތުގެ % 33 އަށް ވުރެ އިތް ރަށް މަސައްކަތް ކޮށްފައިވާކަން ސާބިތުވާކަމަށްކަނޑައެޅިދާނ ޤާނޫނެ އެއްވެސް ހަމައެއްއަރައިސިނއަށ ދެއްކިފައި ނުވެއެވެ.

33. އިސްވެ ފާހަގަކުރެވުނު ކަންކަން އެހެން ހުރުމުން އަރައިސިންގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ރިޢާޔަތްކޮށް ސިވިލް ކޯޓުގެ ނިންމުމަށް ބަދަލު ގެންނަންޖެހޭ ތަނެއް ނެތްކަމށަ އަހުރެން ދެކެމެވެ.

ފަނޑިޔާރު ޢަލީ ސަމީރުގެ ރައުޔު؛

32. ފަނޑިޔާރު ޙުސައިން މަޒީދުގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.

ފަނޑިޔާރު ޙުސައިން ޝަހީދުގެ ރައުޔު؛

31. ފަނޑިޔާރު ޙުސައިން މަޒީދުގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.  ޙުކުމް: ދެންފަހެ، އިސްވެ ފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު ކަންކަން އެގޮތުގެ މަތިން ހުރުމުން، ސިވިލް ކޯޓުގެ ނަންބަރ 421/Cv-C/2018 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް އަރައިސިން ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ރިޢާޔަތްކޮށް، އެ ޤަޟިއްޔާގެ ޙުކުމް

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

—

ޝަރީޢަތުގެ ވީޑިއޯ

މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.

ޝެއަރ ކުރައްވާ