ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
2019/HC-A/437

މުޙައްމަދު އިސްމާޢީލް ވ. މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި
ސުޕްރީމް ކޯޓުން ބާޠިލުކޮށްފައިޙުކުމުގެ ހާލަތު
ހައިކޯޓު · 13 އޮކްޓޫބަރު 2021ދަށު ކޯޓު: ސިވިލް ކޯޓު 3224/Cv-C/2017ބާވަތް: މަދަނީ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
ސިވިލް ކޯޓު 3224/Cv-C/2017
ފަހުގެ ތާރީޚު
ސުޕްރީމް ކޯޓު: 2020/SC-A/77 — ހައިކޯޓުގެ ޙުކުމް ބާޠިލުކޮށްފައި

ކޯ ޓާމްސް

ޚުލާޞާ

ކޯޓުން ނިންމަން ޖެހުނު ސުވާލު
ހިއްކި ބިމުގެ ½ މިލްކުވާ ގޮތަށް 1973 ގައި ހިއްކުމަށް ޙަވާލުކުރި ގޮޅި މުއްދަތުގައި ނުހިއްކާތީ 1974 ގައި ވަކިކުރުމަށްފަހު، ޙަޔާތުގައި ދަޢުވާނުކޮށް ނިޔާވި މަންމަގެ ފަރާތުން އެ ބިމާ ގުޅޭ ޙައްޤަކަށް ދަރިފުޅަށް (ވާރިޘަކަށް) ދައުލަތުގެ މައްޗަށް ދަޢުވާކުރެވިދާނެތޯ.

ނިންމުން

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި

އިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ޙުކުމް ޤާއިމް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

HN1 މީހަކަށް ދިރި ދުނިޔޭގައި ދަޢުވާކުރުމުގެ ޙައްޤު އޮވެ، ދަޢުވާނުކޮށް ދޫކޮށްލާފައިވާ ޙައްޤެއްގެ މައްޗަށް، އެ މީހާ ނިޔާވުމަށްފަހު އޭނާގެ ވާރިޘުންނަށް ދަޢުވާކުރުމުގެ ޙައްޤު ލިބިދޭ ޝަރުޢީ އަދި ޤާނޫނީ ހަމައެއް ނެތެވެ؛ އެފަދަ ދަޢުވާއަކީ ކުރިއަށް ގެންދެވޭނެ ދަޢުވާއެއް ނޫނެވެ.

HN2 ބިން ހިއްކުމަށް ޙަވާލުކުރި ލިޔުމުގައި މުއްދަތު ހަމަވާއިރު ނުހިއްކާ އޮތްތަނެއް ވަކިކުރެވޭނެ ކަމަށް ބަޔާންކޮށް، މުއްދަތު ހަމަވުމަށްފަހު ތަކެތި ނަގަން އަންގާ، ތަކެތި ނަގައި އެ ގޮޅީގައި އޭނާގެ އެއްވެސް އެއްޗެއް ނެތްކަމަށް ޙައްޤުވެރިޔާ ލިޔުމުން އަންގާ، ނިޔާވުމާ ހަމައަށް ގާތްގަޑަކަށް 8 އަހަރު ވަންދެން އެ ތަން ލިބިގަތުމަށް އެއްވެސް މަސައްކަތެއް ނުކޮށްފިނަމަ، އެ ޙައްޤު ޙަޔާތުގައި ދޫކޮށްލާފައިވާ ކަމަށް ބެލެވެއެވެ.

HN3 ދަޢުވާއާއެކު ހުށަހެޅިފައިވާ ލިޔެކިޔުންތައް ނަފީކުރުމަށް އެއްވެސް ހެއްކެއް ހުށަނާޅައި، ހަމައެކަނި ބިން ހިއްކަން މަސައްކަތްކުރިކަން ދައްކާ ހެކި ހުށަހެޅުމަކީ، އެ ލިޔުންތަކުން އެނގޭ ކަންކަމަށް ބަދަލު ގެނެވޭނެ ކަމެއް ނޫނެވެ.

ވަކީލުންނާއި ފަނޑިޔާރުން

ވަކީލުން
—
ބެންޗު
ޙުސައިން ޝަހީދު، ޢަބްދުﷲ ޙަމީދު، މުޙައްމަދު ނިޔާޒް
ރިޔާސަތު
—
ރައުޔު ލިޔުނު ފަނޑިޔާރު
ޙުސައިން ޝަހީދު · ތާއީދުކުރެއްވީ: ޢަބްދުﷲ ޙަމީދު، މުޙައްމަދު ނިޔާޒް
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.

1މިއީ، ސިވިލް ކޯޓުގެ ނަންބަރ 3224/Cv-C/2017 ޤަޟިއްޔާ އެ ކޯޓުން ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާއި ޚިލާފަށްކަމަށްބުނ ކ.މާލެ އިސްމާޢީލް )އައިޑީ(ގެ ފަރާތުން އެޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކުޓުގައ އިސްތިއުނާފާ ކުރުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ.

2މ އިސްތިއުނާފު ދަޢުވީ ރައްދުވާ ފަރާތަކާ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ )ދިވެހި ދައުލަތް(އެވެ.

ސިވިލް ކޯޓުގައި ކުރެވުނު ދަޢުވާ

3ސިވިލް ކޯޓުގެ ނަންބަރ 3224/Cv-C/2017 ޤޟިއްޔާއަށަ ބަލާއިރު، ދިވެހި ދައުލަތުގެ ގެޒެޓް ބިލް ނަންބަރ 68/7 ޖ. )17 މުރި ޗ( 1968( ގައިވާ ގޮތުން، ހިއްކި ބިމުގެ ½ )ދެބައިކުޅަ އެއްބައި( މިލްކުވާގޮތުގެ މަތީނ ބިން ހިއްކުމަށްޓަކައި ފުލޫނިޔުމް ގ ދެކުނުން، މނިޔާމަގު އުތުރުން އޮތް ކޮށިނ 5000 )ފަސްހާސް( އަކަފޓޫ ގެ ބޮޑުމިނުގެ ގޮޅިއެއް، 01 )އެކެއް( އަހަރު ދުވާ ހުގަ މުއްދަތުގެ ތެރޭގައި ހިއްކި ދެއްކުމަށް، 13 މާރޗި 1973 ގައި، […] އާމިނަތު މޫސާއަށް ޙަވާލުކޮށް، އެ ބިން ހިއްކާ ނިމުމަކާއި ހަމައަށް ގޮސްފައިވަނިކޮށް، […] އާމިނަތިމޫސާ ނިޔާވެފައިވުމުން، އެ ބިމާމެދު ސަރުކާރުން ނިންމިގޮތެއް އެނގިފައް ނުވުމުން، އެ ބިން ނުވތ އެފަދަ ބިމެއް މާލެއިން ނުވަތަ ހުޅުމާލެއިން އާމިނަތު މޫސާއަށް ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން ލިބެންޖެހޭނެކަމަށް ކަނޑައަޅުއްވައި ދެއްވުމަށް އެދި، […] އާމިނަތު މޫސާގެ ފިރިހެންދް ރ […] މުޙައްމަދު އިސްމާޢް ލްގެ ފަރާތުނ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އަށް ރައްދުވާ ގޮތަށް ދިވެހި ދައުލަތުގެމައްޗަށް ދަޢުވާކުރުމުން ބެލުނު ޤަޟިއްޔާއެކެވެ.

ސިވިލް ކޯޓުން އެ ދަޢުވާއަށް ބިނާކޮށް ކޮށްފައިވާ ޙުކުމް

4ސިވިލް ކޯޓުގެ ނަންބަރ 3224/Cv-C/2017 ޤަޟިއްޔާ ނިންމާފައިވަނީ "ދެންފަހެ، އިސްވެ ފާހަގު ކުރެވުނު ނުކުތާތަކަށާއި، ހުށަހެޅިފައިވާ ލިޔުންތަކާއި ބަޔާންތަކަށް ބަލާއިރު، ދިވެހި ދައުލަތުގެ ގެޒެޓް ބިލް ނަންބަރ 68/7 ޖ. )17 މާރިޗް( 1968 ( ގައިވާ ގޮތުން، ހިއްކި ބިމުގެ ½ )ދެބައިކުޅަ އެއްބައި( މިލްކުވާ ގޮތުގަ މަތީން ބުން ހިއްކުމަށްޓަކި އ ފުލޫނިޔާމަގު ދެކުނުން، މނިޔާމަގު އުތުރުން އޮތް ކޮށިނ 5000 )ފަސްހާސް( އަކަފޓޫ ގެ ބޮޑުމިނުގެ ގޮޅިއެއް، 01 )އެކެއް( އަހަރު ދުވަހުގެ މުއްދަތުގެ ތެރޭގައި ހިއްކާ ދެއްކުމަށް، 13 މާރިޗް 1973 ގައި،ދަޢުވާކުރާ ފަރާތުގާ މަންމަ، […] / މާލީ، އާމިނަތު މޫސާއަށް ޙަވާލުކޮށްފައި އޮންނަކަމާއި، މި ގޮޅި ހިއްކުމަށް އާމިނަތު މޫސާއަށް ދީފައިވާ 01 )އެކެއް( އަހަރު ދުވަހުގެ މުއްދަތު ހަމަވިއިރު، ނުހިއްކި އޮތުމުގެ ސަބަބުނ 27 މެއި 1974 ގައި، އާމިނަތު މޫސާގެ ކިބައިން މި ގޮޅި ވަކިކޮށްފައި އޮންނަކަމާއި، އަދި މި ގޮޅީގެ އެއްވެސ މިންވަރެއް އާމިނަތު މޫސާއަށ މިލްކުކޮށް، ރަޖިސްޓްރީކޮށް ދެއްވާފައި ނުވާކަމާއި، މިކަންކަމުގެ މައްޗަށް އާމިނަތު މޫސާގެ ޙަޔާތުގައި ދަޢުވާކުރުމުގެ ޙައްޤު އޮވެ، ދަޢުވާނުކޮށް ދޫކޮށްލާފައިވާކަން ހުށަހެޅިފައިވާ ލިޔުންތަކުން އެނގެން އޮންނާތީ، އާމިނަތު މޫސާ ގެ ދރ ދުނިޔޭގައި އެ ޙައްޤެއްގާ މައްޗަށް ދަޢުވާނުކޮށް ދޫކޮށްލާފައިވާ ޙައްޤެއްގެ މައްޗަށް އަލްމަރުޙޫމ އާމިނަތު މޫސާގެ ވާރިޘުންނަށް ދަޢުވާކުރުމުގެ ޙައްޤު ލިބިދޭ ޝަރުޢީ އަދި ޤާނޫނީ ހަމައެއް ނެތަތީ، މި ދަޢުވާއަކީ، މިހާރު ކުރިއަށް ގެންދެވޭނެ ދަޢުވާއެއް ނޫންކަމުގައި ކަނޑައަޅއަ ޙުކުމްކޮށްފީމެވެ." މިފަދައިން ޙުކުމްކޮށްފައިވާކަން އެ ޤަޟިއްޔާގެ ޝަރީޢަތްނިމުނުގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ.

އެ ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް ހުށަހެޅި ނުކުތާތައް

5ސިވިލް ކޯޓުގެ ނަންބަރ 3224/Cv-C/2017 ޤާޟިއްޔައެ ކޯޓުން ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފެ ށްކަމަށ ބުން އެމައްސަލ އިސްތިއުނާފު ކުރުމަށު އެދިކ.މާލެ އިސްމާޢީލްގެ ފަރާތުން 03 )ތިނެއް( ނުކުތާ ހުށަހަޅާ އެ ނުކުތެ ތަކާބެހޭގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގ ޝަރީޢަތުގެ މަޖިލީހުގައި ވާހާކަދައްކާފައިވެއެވެ. އެ ނުކުތތަކކީ؛

5.1. ހިއްކިބިމުގެ ½ ބައި މިލްކުވާގޮތަށް 01 )އެކެއް( އަހަރުގެ މުއްދަތުގައި މާލެ ހުޅަނގުފަރާތު މޫދުން 5000 އަކަފޫޓުގެ ގ ޅިއެއް އަޅުގަނޑުގެ މަންމަ )އާމަ ނަތު މޫސާ( އާއި ޙަވާލުކުރުމުން އެބިނ ހިއްކާފައިވާކަމާއި، އަޅުގަނޑުގެ މަންމްގ އެ ޙް އްޤުގެ ވެރިޔަކީ އަޅުގަނޑުކަމަށަވުމުން އެ ޙައްޤު ހޯދުމަށް އާ ޅުގަނޑ ހުށަހެޅު ދަޢުވި ސާބިތެ ކުރުމަށް މަސައްކަތްކުރުމުގެ ދޮރު ބަންދުކުރެއްވުމަށް ކުރައްވާފައިވާ ޙުކުމަކީ ދިވެހި ޖުމުހޫރިއްޔާގ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ )ށ( އާއި 62 ވަނަ މާއްދާގެ )ށ( އާއި 65 ވަނަ މާއްދާއާއި ޚިލާފަށްކަނޑައަޅުއްވާފައިވާ ޙުކުމަކަށް ވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.

5.2. މާލެ ހުޅަނގު މޫދުނ ހިއްކުމަށް އަޅުގަނޑުގެ މަންމަ)އާމިނަތު މޫސާ( އާއި ޙަވާލުކުރި 5000 އަކަފޫޓު އިޅުގަނޑުގެ މަންމައަށް ހިއްކިފައި ނުވާކަމަށާއި، އ ތަން ވަކި ކޮށްފައިވާކަމަށް ޙުކުމުގައި ވިދާޅުވެފައިވިޔަސ އެއް ޙަޤީގަތެއ ނޫންކަމުން އެއިން އެއްވެސްކަމެއް ދަޢުލަތުން ސާބިތުކޮށްދީފައި ނުވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.

5.3. މާލޭގެ ފުލޫނިޔާމަގު ދެކުނުން މުނިޔާމަގު އުތުރުން އޮތް ކޮށިން އަޅުގަނޑުގެ މަންމަ)އާމިނަތި މޫސާ( ހިއްކި 5000 އަކަ ފޫޓް ބިމުން އަޅުގަނޑުގެ މަންމް އަށް އޮތް ޙައްޤު އަޅުގަނޑުގެ މަންމަ ދޫކޮށްލާފައިވާކަމަށި ކަނޑައަޅުއްވާފައިވ ކަނޑައެޅުއްވުމުގައި ޤާނޫނީ ބުރަދަނެއް ނުވާކަމަށްބުނެ ހުށަހެޅ ނުކުތާއެވެ.

ޝަރީޢަތަށް ފާހަގަކުރެވުނު ކަންތައްތައް

6އިސްތިއުނާފު މ ކުރެވޭ ސިވިލިކޯޓުގ ނަންބަރ 3224/Cv-C/2017 ޤެ ޟިއްޔަގެ ޙުކުމަށް ބަލާއިރު، އ ޤަޟިއްޔާ ނިންމަވާފައިވަނ އާމިނަތު މޫސާގެ ދިރި ދުނިޔޭގައި އެ ޙައްޤެއްޤެ މައްޗަށް ދަޢުވާނުކޮށް ދޫކޮށްލާފައިވާ ޙައްޤެއްގެ މައްޗަށް އަލްމަރުޙޫމް އާމިނަތު މޫސާގެ ވާރިޘުންނަށި ދަޢުވާކުރުމުގެ ޙައްޤު ލިބިދޭ ޝަރުޢީ އަދި ޤާނޫނީ ހަމައެއް ނެތަތީ، މި ދަޢުވާއަކީ، މިހާރު ކުރިއަށް ގެންދެވޭނެ ދަޢުވާއެއް ނޫންކަމުގައ ކަނޑައަޅައިކަން އެނގެއެވެ. އެހެންކަމުން އިސްތިއުނާފު ކުރެވިފައިވަ މި ޤަޟިއްޔާގައި ބަލަންޖެހޭ ކަމަކީ ކ.މާލެ އިސްމާޢީލަށް މި ދަޢުވާ ކުރެވިދާނެތޯ ނުވަތަ ނޫންތޯއެވެ.

7HN2ސިވިލް ކޯޓުގެ ނަންބަރ 3224/Cv-C/2017 ޤަޟިއްޔާގެ ދަޢުވާއާއެކު ހުށަހެޅިފައިވާ ލިޔުންތަކަށް ބަލާއިރު، 13 މާރިޗް 1973 ގައި އޮތް ލިޔުމުގައި "ދިވެހި ދައުލަތުގެ ގެޒެޓް ބިލް ނަންބަރ 68/7ޖ.)17 މްރޗ 1968މ.( ގައިވާ ގޮތުން ހިއްކިބިމުގެ 2 މިލްކުވާ ގޮތުގެ މަތީން ބިން ހިއްކުމަށްޓަކައިއަލްފާޟިލާ އާމިނަތު މޫސާ )މ.ކމަރަގަގެ( އަށް 5000 އ ކަފޫޓުގެ ބޮޑުމިން ފުލޫނިޔާމަގ ދެކުނުން މުނިޔާމަގު އުތުރުން އޮތް ކޮށިނ 1 އަހަރު ދުވަހުގެ މުއްދަތުގައި ހިއްކާ ދެއްކުމަށް 13/3/1973 މި ތާރީޚުގައި ޙަވާލުކޮށްފީމެވެ. މުއްދަތު ހަމަވާއިރު ނުހިއްކާ އޮތްތަނެއް ވަކިކުރެވޭނެވެ." މިފަދައިންބަޔާންކޮށްފައިވެއެވެ. މ ލިޔުމަކީ އާމިނަތު މޫސާއަށް އެ ބިން ހިއްކުމަށް ޙު ވާލުކުރެވުނަ ލިޔުމެއްކަން އެނގެއެވެ. އަދި ޙަވާލުކުރެވުނު ތާރީޚަކީ 13 މާރިޗް 1973 އެވެ.

8އެއަށްފަހު 18 މާރިޗް 1974 ގައި ރަޖިސްޓްރޭޝަން ޑިވިޝަން )ށ( އިންއާމިނަތު މޫސާއަށް އަންގާފައިވާ އެންގުމުގައި "މާލޭގެ ހުޅަނގުފަރާތުން […] އާމިނަތު މޫސާ އާއި ހިއްކުމަށް ޙަވާލުކޮށްފައިވާ 5000 އަކަފޫޓުގެ ގޮޅި ހިއްކިން ދީފައިވާ މުއްދަތު ހަމަވިއިރުވެސް ހިއްކާފައިނުވާތީ، މްގޮޅ ހިއްކުމަށް އަޅާފައިވާ ތަކެތި މިއަދުނ ފެށިގެން 15 ދުވަހުގެ ތެރޭގައި ނެގުމުގެ ހުއްދަ ދީފީމެވެ. އަދި މިތަކެތި ނެގުމަށްފަހު މ ޑިވިޝަނަށް އަންގަންވާނެވެ." މިފަދައިން ބަޔާންކޮށްފައިވެއެވެ. މި އެންގްމަށ ބަލާއިރް އެންގުން އަންގާފައިވަނީ ބިން ހިއްކުމަށް ޙަވާލުކުރިތު އަހަރެއީފަހުންކަން އެނގެއެވެ. އަދި މި ލިޔުމުގައި އާމިނަތު މޫސާގެ ބަދަލުގައި ސޮއިކޮށްފައިވަން މި މައްސަލަ އިސްތިއުނާފުކުރާ ފަރާތް ކަމުގައިވާ މުޙައްމަދު އިސްމާޢީލް އެވެ.

9ދެން މި ދަޢުވީ އާ އެކު ހުށަހެޅުނު ލިޔުމަކީ 27 މެއި 1974 ގައި ބިން ހިއްކުމަށް އާޅާފައިވާ ތަކެތި ނެގިކަން އަންގާ އާމިނަތު މޫސާގެ ފަރާތުން ފޮނުވާފައިވާ ލިޔުމެކެވެ. މި ލިޔުމުގައި "މިހާރު މި ގޮޅް ގައީ އަޅުގަނޑު )އާމިނަތު މޫސާ(ގެ އެއްވެސް އެއްޗެއް ނުހުންނާނެވެ." މި ފަދައިން ބަޔާ ންކޮށްފައިވެއެވެ.

10އާމިނަތު މޫސާ ނިޔައވެފައިވަނު 1982 ގައި ކަމަށް އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވެއެވެ. ނަމަވެސް ސީދްވަކި ތާރީޚެއް ބުނަނީ ނ ނޭގޭކަމަށް ބުނު ފައިވެއެވެ. އެހެންކަމުން ބަޔާންކުރެވުނު މުއްދަތްތަކަށ ބަލާއިރް ހިއްކުމަށް ޙަވާލުކުރި ގޮޅި ހުސކުރަނު އެންގި ތާރް ޚުނީ ފެށިގެން އާމިނަތު މޫސާ ނިޔައވުމާ ހަމައަށް ގާތްގަޑަކަށް 8 އްހަރވެފައިވާކަނު އެނގެއެވެ. މި މުއްދަތުގެ ތެރޭގައި އާމިނަތު މޫސާ ހިއްކާފައިވާ ކަމަށް ބުނާތަނ ލިބިގަތުމަށް އާމިނަތު މޫސާގެ ފަރާތުން އެއްވެސް މަސައްކަތެއް ކޮށްފައިވާކަން އެނގެން ނެތްކަމެވެ.

11HN3ބީ ޔާންވެދިޔަ ލިޔެކިއުންތައް ނަފިކުރުމަށްޓަކައި މުޙައްމަދު އިސްމާޢީލްގެ ފަރާތުން އެއްވެސް ހެއްކެއް ހުށަހަޅާފައި ނުވް އެވެ. ހަމައެކަނި ހުށަހެޅި ހެކިންނަކީ ބިން ހިއްކަން މަސައްކަތްކުރިކަން އެނގޭނެ ހެކިން ކަމުގައި ބުނެފައިވެއެވެ.

12HN1އެހެންކަމުންއާމިނަތު މޫސގެ ދިރި ދުނިޔޭގައި އެޙައްޤެއްގީ މައްޗަށް ދަޢުވާނުކޮށް ދޫކޮށްލާފައިވާ ޙައްޤެއްގެ މައްޗަށ އަލްމަރުޙޫމް އާމިނަތު މޫސާގެ ވާރިޘުންނަށް ދަޢުވާކުރުމުގެ ޙައްޤު ލިބިދޭ ޝަރުޢީ އަދި ޤާނޫނ ހަމައެއް ނެތަތީ، މި ދަޢުވާއަކީ، މިހާރު ކުރިއަށް ގެންދެވޭނެ ދަޢުވާއެއް ނޫންކަމުގައ ކަނޑައަޅައި،ސިވިލް ކޯޓުނ ޙުކުމްކޮށްފައިވަނީ ރަނގަޅަށް ކަމުގައި އަހުރެން ދެކެމެވެ. • ޙުކުމް: ދެންފަހެ، އިސްވެ ފާހަގަކުރެވުނު ސަބަބުތައް އެގޮތުގެ މަތީން ހުރުމުން، ސިވިލް ކޯޓުގެ ނަންބަރު 3224/Cv-C/2017 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް ކ.މާލެ، މުޙައްމަދު އިސްމާޢީލގް ފަރާތުނު ހުށަހެޅް ނުކުތާތަކަށާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢާ ތުގ މަޖިލީހުގައި އިސްތިއުނާފިކުރ ފަރާތުންނާއި އިސްތިއުނާފީ ދަޢުވާ ރައްދުވާ ފަރާތުން ދައްކާފައިވާ ވާހަކަތަކަށާއ،މ މައްސަލާގައި ހުށަހެޅުނު އެއްމެހާ ލިޔަކިއުންތަކަށ ރިޢާޔަތްކޮށް މި މައްސލިސިވިލ ކޯޓުން ނިންމާފައިވަން ޝަރުޢީ އަދ ޤާނޫނީ

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

  • ދިވެހި ދައުލަތުގެ ގެޒެޓް ބިލް ނަންބަރު 68/7 ޖ. (17 މާރިޗު 1968)

ޝަރީޢަތުގެ ވީޑިއޯ

މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.

ޝެއަރ ކުރައްވާ