ދަ މައިންޑް އިން ކައުންޓަރ ވ. ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- ސިވިލް ކޯޓު 4398/Cv-C/2018
- ފަހުގެ ތާރީޚު
- ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް
ކޯ ޓާމްސް
ޚުލާޞާ
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ފޮތް ޕްރިންޓްކުރުމުގެ އެއްބަސްވުމުގައި ކަނޑައެޅި މުއްދަތުގައި މަސައްކަތް ނުނިންމާ އެއްބަސްވުން ބާޠިލްކުރުމުން، މަސައްކަތުގެ އަގާއި ގުދަނުގެ ކުލި ހޯދުމަށް ކުރި ދަޢުވާ ޘާބިތުނުވާ ކަމަށް ސިވިލް ކޯޓުން ނިންމުމުގައި އެއްބަސްވުމުގެ މާއްދާތަކާއި، މާލިއްޔަތު ޤަވާޢިދާއި، ހެކިބަހަށް ރިޢާޔަތްކޮށްފައި ނުވޭތޯ.
ނިންމުން
ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައިއިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ޙުކުމް ޤާއިމް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 ދަށުކޯޓުން ބައެއް ކަންކަމަށް ރިޢާޔަތްނުކުރި ކަމަށް ބުނެ އިސްތިއުނާފުކުރާއިރު، ދަށުކޯޓުން ރިޢާޔަތްކުރި ކަންކަމުގައި ޚިލާފުވި ޤާނޫނީ ނުވަތަ ޝަރުޢީ އަޞްލަކީ ކޮބައިކަން އިސްތިއުނާފުކުރާ ފަރާތުން ބުނެދޭންވާނެއެވެ.
HN2 އެއްބަސްވުމުގައި މަސައްކަތް ނިންމުމަށް މުއްދަތު އިތުރުނުކުރެވޭނެ ކަމަށް ބުނެފައިވާނަމަ، ދުވަހަކަށް ކެނޑޭ ޖޫރިމަނާގެ މާއްދާ (އަދި އެ މާއްދާއިން ޙަވާލާދޭ މާލިއްޔަތު ޤަވާޢިދުގެ 8.29 އާއި 8.32) އަށް ރުޖޫޢަވާން ނުޖެހޭ ކަމުން، އެ ޤަވާޢިދަށް ރިޢާޔަތްކުރަންޖެހޭ ޙާލަތެއް މެދުވެރިވެފައެއް ނުވެއެވެ.
HN3 ކޮންޓްރެކްޓަކީ އެ ކޮންޓްރެކްޓް ކުރާ ފަރާތްތަކުގެ ކަންކަން ނިންމަން އޮންނަ ޤާނޫނެވެ؛ ވަކި ކަމެއް ވަކި ގޮތަކަށް ނުވަތަ ވަކި މުއްދަތެއްގައި ކުރުމަށް ކަނޑައަޅާފައިވާނަމަ، ބައިވެރިން އެނޫން ގޮތަކަށް ލުއި ނުދޭހާ ހިނދަކު އެކަން ކުރަންވާނީ ކޮންޓްރެކްޓުގައި ބުނާ ގޮތަށެވެ.
HN4 ވަކި ބޭނުމަކަށް ވަކި މުއްދަތެއްގެ ތެރޭގައި ނިންމަން ޙަވާލުކުރާ މަސައްކަތެއް އެ މުއްދަތުގައި ނުނިމުމުން މަސައްކަތުގެ މަޤްޞަދު ޙާޞިލުނުވެދާނެ ޙާލަތުގައި، މުއްދަތަށް މަސައްކަތް ނިންމުމަކީ އެއްބަސްވުމުގެ ޖައުހަރީ ކަމެކެވެ.
HN5 އެއްބަސްވުމުގައި ކަނޑައެޅި މުއްދަތުގައި މަސައްކަތް ނިންމިކަމާއި، ލަސްވި ސަބަބު ލިޔުމުން އެންގިކަން ޘާބިތުނުކުރެވުނު ޙާލަތުގައި، މަސައްކަތުގެ އަގު ދައްކަންޖެހޭ ކަމަށް ބުނާ ދަޢުވާ ޘާބިތުނުވާ ކަމަށް ދަށުކޯޓުން ނިންމުމަކީ ޝަރުޢީ އަދި ޤާނޫނީ ގޮތުން ގޯސް ނިންމުމެއް ނޫނެވެ.
ވަކީލުންނާއި ފަނޑިޔާރުން
- ވަކީލުން
- —
- ބެންޗު
- ޢަލީ ސަމީރު، މުޙައްމަދު ފައިޞަލް، ޙުސައިން މަޒީދު
- ރިޔާސަތު
- —
- ރައުޔު ލިޔުނު ފަނޑިޔާރު
- ޢަލީ ސަމީރު · ތާއީދުކުރެއްވީ: މުޙައްމަދު ފައިޞަލް، ޙުސައިން މަޒީދު
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.
ފަނޑިޔާރު ޢަލީ ސަމީރުގެ ރައުޔު:މި ރައުޔަށް ފަނޑިޔާރު މުޙައްމަދު ފައިޞަލް އަދި ފަނޑިޔާރުޙުސައިނ
މަޒީދު ތާއީދުކުރެއެވެ. މައްސަލައިގެ ތަޢާރުފު: 1- ނަންބަރު A-MNU-124/FM/2016 އެއްބަސްވުން 31 އޮކްޓބަރޯ 2016 މި ތާރީޚުގައިދަ މައިންޑ އިނ ކައުންޓަރ )ހުޅަނގުގެ، މުޙައްމަދުޢާޠިފް( އާއި، ދިވެހިރާއްޖޭގެ ޤީ އ މ ޔުނިވަރސިޓީ އާއި ދެމެދު ވެވުނެވެ. 2- ބުނެވުނު އެއްބަސްވުމަކީ،ދިވެހިރާއްޖޭގެ ޤެއމީ ޔުނިވަރސިޓީގެ ސީ.އެން.ސ ކޯހުގެ ހ ންޑްބުކްގ 1,000 )އެއްހާ ސ( ކޮޕް އެއްބަސްވުމުގައި ބުނެފައިވާ ތަފްސީލުތަކުގައި ބުނާގޮތަށް ހަދައި، ފޮތްތައް ޕްރިންޓްކޮށ 01 ނޮވެމްބަރ 2016 ގ ކުރިން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ އެއާ ފޮތްތައް ޙަވާލުކުރުމަށް ދަ މައިންޑ އިން ކައުންޓަރ ގެ ފަރާތުން ވެފައިވާ އެއްބަސްވުމެކެވެ. 3- ބުނެވުނު އެއްބަސްވުމާއި ޙަވާލާދެމުން، މުޙައްމަދ ޢާޠިފް / ދަ މައިންޑ އިން ކައުންޓަރ ގެ ފަރާތުން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއަށް ރައްދުވގޮތަށާ ސިވިލް ކޯޓަށް ހުށަހެޅް ދަޢުވާއަކީ، ކުރިން ބުނެވުނު އެއްބަސްވުމުގެ ދަށުން ފޮތްތައް ނިންމާ ފޮތްތައެ ޙަވާލުކުރުމަށް ތައްޔާރުވެފައި ވަނިކޮށް،ދިވެހިރާއްޖޭގ ޤައުމީ ޔުނިވްރސިޓީނ ޙަވާލުކުރި މަސައްކަތުގެއެއބަސްވުނ ބާޠިލް ކުރިކަމަށް ބުން އަދި މަސައްކަތުގެ އަގވެސް ނުދީ ހިފެހެއްޓި ކަމަށ ބުނެ އެ ފޮތްތައް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއާ ޙަވާލުކޮށް، ފޮތް ތަކުގެ އަގަށްވ 185,500/- ރ. )އެއްލައްކ އަށްޑިހަ ފަސްހާސް ފަސްސަތޭކަ ރުފިޔާ( އާއި، ފޮތްތައް ގުދަންކޮށްފައި ބަހައްޓަންޖެހުމުން، ގުދަނުގެ ކުލީގެ ގޮތުގައި ޚަރަދުވެފައިވާކަމަށ ބުން 66,000/-ރ. )ފަސްދޮޅަސ ހަހާސް ރުފިޔާ( އާއެކު ޖުމްލަ 251,500/-ރ. )ދެލައްކަ ފަންސާސް އެއްހާސް ފަސްސަތޭކަ ރުފިޔާ( ދިވެހިރާއްޖޭގެ ޤައުމީ ޔުނވަރސިޓީނ ހޯދުމަށް އެދް ހުށަހެޅި ދަޢުވާއެއްކަން އެނގެން އޮވެއެވެ. 4- މުޙައްމަދު ޢާޠިފް/ ދަ މައިންޑ އިން ކައުންޓަރ ގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ބަލާފައިވަނީ، އިސްތިއުނާފު ކުރެވިފައިމިވާ ސިވިލް ކޯޓުގެ ނަންބަރު 4398/Cv-C/2018 ޤަޟިއްޔާއިންނެވެ. މިއީ ސިވިލ ކޯޓުގެ ނަންބަރު 4398/Cv-C/2018 ޤަޟިއްޔާގައި ނިންމާފައިވާ ނިންމުން އިސްތިއުނާފު ކުރުމަށް އެދި ދަ މައިންޑް އިން ކައުންޓަރ / މުޙައްމަދު ޢާޠިފްގެފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅމުން ބެލިފައިވާ ޤަޟިއްޔާއެވެ. މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީދިވެހިރާއްޖޭގ ޤައުމީ ޔުނިވަރސިޓީއެވެ. ސިވިލް ކޯޓުން ނިންމިގޮތް: 5- ސިވިލް ކޯޓުގެ ނަންބަރު 4398/Cv-C/2018 ޤަޟިއްޔާގައި އެކޯޓުން ޙުކުމްކުރައްވާފައިވަނީ، " ދަ މައިންޑ އިން )ހުޅަނގުގެ، މުޙައްމަދު ޢާޠިފް( ގެ ފަރާތުން ދިވެހިރާއްޖޭގ ޤައުމީ ޔުނިވަރސިޓީގެ މައްޗަށް ކުޅަ މިދަޢުވާ، ދަޢުވާކުރާ ފަރާތަށް ޝަރީޢަތުގައި ޘާބިތުކޮށްދެވިފައި ނުވާކަމަށް ކަނޑައަޅައި، މިގޮތުގެ މަތީން ޙުކުމް ކޮށްފީމެވެ." މިފަދައިންނެވެ. 6- ސ ވިލް ކޯޓުގްމި ޙުކުމަށް ވާޞިލުވި ސަބަބުތަކުގެ ގޮތުގައި ފާހަގަކޮށްފައިވާ ކަނު ކަމަކީ، ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމަށާއި ދެ ފަރާތުން ދެއްކި ވާހަކަތަކުން އަދި ހެކީގެ ގޮތުގައި ޙާޟިރުކުރެވުނު ފަރާތްތަކުން ދެއްކި ވާހަކަތަކަށް ބެލުމުން، އެއްބަސްވުމުގެ ދަށުން ތ އްޔާރުކުރާ ފޮތްތަކަކީ، ދިވެހިރާއްޖޭގ ޤައުމީ ޔުނިވރަ ސިޓީގެ ފަރާތުން ހިންގާ ކޯހެއްގެ "ހޭންޑްބުކް" )އަތްމަތީފޮތް( ތަކެއްކަން އެނގެން އޮންނަކަމާއި، ފޮތްތައް ލަސްވާތީ އެކަމާމެދު އެ ކޯސް ހިންގާ ފެކަލްޓީގެ ޑީން ހިތްހަމަ ނުޖެހިގެނ ޝަކުވްތަކެއް ހުށަހެޅިކަންވެސް އނގެނ އޮންނައިރު، މަކަންކަމުގި ޙަޤީޤަތަށް ނަޒަރުކުރުމުން މައްސަލައިގައި ވާހަކަދެކެވޭ ފޮތްތައް ލަސްވެއްޖެ ހިނދެއްގައި ނުވަތަ ކަނޑައެޅުނު މުއްދަތެއްގެއި ނުލިބިއްޖ ހިނދެއްގައި އޭގބޭނުމާއި މަޤްސަދު ދިވެހިރާއްޖޭގެ ޤައުމީ ޔުނިވުރަ ސިޓީއަށް ޙާޞިލް ނުވެދާނެކަން އ ނގެނެ އޮންނަ އޮތުމުގެ މައްޗަށާއި ދެފަރާތުގެ ދެމެދުގައި ވެވުނު އެއްބަސްވުމުގައި ބަޔާންވެގެންވާ ތާރީޚުތަކަށާއ މިކަންކަމުގެ މައްޗަށް ބަލާއިރް މަސައްކަތު ފުރިހަމަކޮށް ޙަވާލުކުރަންޖެހޭ މުއްދަތުގައި ދަ މައިންޑ އިން ކައުންޓަރ ގެ ފަރާތުން މަސައްކަތް ނިންމާ ޙަވާލުކޮށްފައި ނުވާކަން އެނގެން އޮންނާތޭ،އެއްބަސްވުމުގެ ދަށުން މަސައްކަތުގެ އަގުގެ ގޮތުގައި ދައްކަންޖެހކަމަށ ބުން ފައިސާއަކީ ދޭންޖެހޭނެ ފައިސާއެއް ނޫންކަމަށެވެ. 7- ދިވެހިރާއްޖޭގެ ޤައުމީ ޔުނިވިރީސޓީގެ ފަރާތުން ފޮތްތަކާއި ޙަވާލު ވެފައިނުވާތް ފޮތްތަ އެ ގުދަން ކުރަން ޖެހުމުގ ސަބަބުން ދަ މައިންޑ އިން ކައުންޓަރ ގެ ފަރާތުން ހޯދަން އެދި ހުށަހެޅި ބަދަލާއިމެދުސިވިލް ކޯޓުނ ކަނޑައެޅި ނިޔާއަކީ،އެ ބަޔަކީ ދަޢުވާގައި ހިމެނޭ މަސައްކަތުގެ އަގަކީ ދައްކަންޖެހޭ ފައިސާއެއްކަން ނުވަތަ ނޫންކަން ޘާބިތުވުމާއި ނުވުމުގެ މައްޗަށް ބިނާވެ އޮންނަ ބަޔަކަށްވާތީ، ދިވެހިރާއްޖޭގެޤައުމީ ޔުނިވްރސިޓީގެ ފަރާތުނ ފޮތްތަކާއ ޙަވާލުވި ފޮތްތަކަށް އަގު އަދާކުރަންޖެހޭނެ ތަނެއް ނެތުމުން، ބަދަލުގެ އެ ބަޔަކީ ގޮތެއް ކަނޑައަޅަންޖެހޭ ބައެއް ނޫންކަމަށެވެ. އިސްތިއުނާފު ކުރުމަށް ހުށަހެޅި ނުކުތާތައް 8- ސިވިލް ކޯޓުގެ ނަންބަރު 4398/Cv-C/2018 ޤަޟިއްޔާނިމިފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާ ކަމަށާ ބުން އެޤަޟިއްޔ އިސްތިއުނާފު ކުރުމަށް އެދި ދަ މައިންޑ އިން ކައުންޓަރ/ މުޙައްމަދު ޢާޠިފ ގ ފަރާތުން 3 )ތިނެއް( ނުކުތާ ހުށަހަޅާ އެ ނުކުތާތަކާއިބެހޭ ގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. އެ ގޮތުން ހުށަހަޅާފައިވާ ނުކުތާތަކަކީ؛
8.1- ޝަރީޢަތުން މި މައްސަލައިގައި ޙުކުމް ކުރެއްވުމުގައި، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ އާއި ދަ މައިންޑ އިން ކައުންޓަރ އާއިދެމެދު ވެފައިވާ ނަންބަރ A-MNU-124/FM/2016 ގެ އެއްބަސްވުމުގެ އެއްވެސް މާއްދާއަކަށް ރިޢާޔަތް ކުރައްވާފައި ނުވާކަމަށް ބުނެ ހުށަހެޅ ނުކުތާއާއި،
8.2- ޝަރީޢަތުން މި މައްސަލައި ގައީ ޙުކުމްކުރެއްވުމުގައި، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ އާއި ދަ މައިންޑ އިން ކައުންޓަރ އާއިދެމެދު ވ ވ ފައިވާ ނަންބަރ A-MNU-124/FM/2016 ގެ އެއްބަސްވުމުގެ 9.4 ވަނަ މާއްދާގައި ބަޔާން ވެގެންވާ ދައުލަތުގެ މާލިއްޔަތު ޤަވާއިދު 11 ފެބްރުވަރީ 2009 )ކުރީގެ މާލިއްޔަތު ޤަވާއިދު( އަށް ރިޢާޔަތް ކުރައްވާފައި ނުވާކަމި ށ ބުނެ ހުށަހެޅ ނުކުތާއާއި،
8.3- ޝަރީޢަތުން މި މައްސަލާގައި ޙުކުމް ކުރެއްވުމުގައި، ޝަރީޢަތުގައި ހެކިން ދީފައިވާ ބަޔާންތަކުގައި ހިމެނޭ ގިނަ ވާހަކަތަކަށް ރިޢާޔަތް ކުރައްވާފައި ނުވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ. މައްސަލަ ނިންމުމުގައި ސިވިލް ކޯޓުން ރިޢާޔަތް ނުކުރާކަމަށް ބުނާކަންކަން 9- ސިވިލް ކޯޓުގެ ނަންބަރު 4398/Cv-C/2018 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް ދަ މައިންޑް އިން ކައުންޓަރ ގެ ފަރާތުން ހުށަހެޅި އިސްތިއުނާފ 3 ނުކުތާގައިވެސް އެ ފަރާތުންފާހަގަކުރަނީ، ސިވިލް ކޯޓުނ މި މައްސަލް ނިންމމުގައު ބައެއްކަންކަމުގެ މައްޗަށް ރިޢާޔަތް ނުކުރާކަމަށް ބުނެއެވެ. ސިވިލް ކޯޓުނ މައްސަލް ނިންމަ ނިންމުމުގައި ރިޢާޔަތްކުރި ކަންކަމުގައި ހުރި ޤާނޫނި ނުވަތަ ޝަރުޢީ އަސްލުތަކާއި ޚިލާފު ގޮތަކީ ކޮބައިކަން ދަ މައިންޑ އިން ކައުންޓަރ ގެ ފަރާތުނ ބުނެދީފައިވާތީއެއް ފެންނާކަށްނެތެވެ. 10- ދަ މައިންޑ އިން ކައުންޓަރގެ ފަރާތުން ހުށަހެޅި އިސްތިއުނާފީ ފުރަތަމަ ނުކުތާގައި، ސިވިލް ކޯޓުން މި މައްސަލައިގެ ޙުކުމް ކުރެއްވުމުގައި، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ އާއި ދަ މައިންޑ އިން ކައުންޓަރ އާއިދެމެދު ވެފައިވާ ނަންބަރ A-MNU-124/FM/2016 ގ އެއްބަސްވުމުގެ އެއްވެސް މާއްދާއަކަށް ރިޢާޔަތް ކުރައް ވެފައި ނުވާކަމަށް ބުނީ އެކަން ފާހަގަކޮށްފައިވީނަމަވެސް ސިވިލް ކޯޓުން މި މައްސަލަ ނިންމެވުމުގައި ދެ ފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގެ މާއްދާތަކަށް ޙަވާލާދީ އެ މާއްދާތަކަށް ރިޢާޔަތްކޮށްފައިވކަނިމި މައްސަލައިގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން ފެންނަން އެބައޮތެވެ. މިގޮތުން މ ދެ ފަރާތުގެ ދެމެދުގައި ވެފއިވ އެއްބަސްވުމުގާ 3،4،5،6،7 މި މާއްދާތަކުގެ މައްޗަށް ރިޢާޔަތްކޮށް އެ މާއްދާތަކުން ދެވުނު ބުރަދަނާ ނަތީޖާއާއި ގުޅް ގޮތުން ޝަރީޢަތަށް ފާހަގކުރެވުނ ކަންކަނު ސިވިލް ކޯޓުނަ މައްސަލަ ނިންމި ގޮތުގެ ރިޕޯޓުގައި ފާހަގަކޮށްފައިވާތީ ފެންނަން އެބައޮތެވެ. ދަށުކޯޓުގެ ރިޕޯޓުގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ 3 ގެ )ޅ(، )ކ( 11- ދަ މައި ންޑް އިން ކައުންޓަރ ގެ ފަރާތުން ހުށަހެޅި އިސްތިއުނާފީ ދެވަނަ ނުކުތާގެ ތަފްސީލުގައި ބުނެފައިވަނީ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީނ އެއްބަސްވުން ބާޠިލް ކޮށްފައިވަނީ މާލިއްޔަތު ޤަވާޢިދު )11 ފެބުރުއަރީ 2009( ޤަވާޢިދުގެ 8.29 އަދި 8.32 މި މާއްދާތަކާއި ޚިލާފަށެ ކަމަށެވެ. މި ގޮތުން އެއްބަސްވުމުގ މުއްދަތަށް މަސައްކަތް ނުނިމިއްޖެނަމަ މުއްދަތު ހަމަވެ އިތުރަށް ހިނގާ ކޮންމެ ދުވަހަކަށް މަސައްކަތުގެ އަގުގެ 0.5% ގެ ރޭޓުން ކެނޑޭނެކަމާއ މި ގޮތަށި ކެނޑޭނެ އަގު މުޅި އެއްބަސްވުމުގެ %15 އިންސައްތަ އަށްވުރެ ބޮޑު ނަމަ މާލިއްޔް ތ ޤަވާޢިދުގެ ބުނެވުނު މާއްދާތަކުގެ ދަށުން އެއްބަސްވަނީ ބާޠިލް ކުރެވޭނެކަމަށް އޮންނައިރު މި މާއްދާއާއި ޚިލާފަށް އެއްބަސްވުން ބާޠިލުކޮށްފައި އޮތް އޮތުމަށް ޝަރީޢަތުން ރިޢޔަތާ ނުކުރާކަމަށް ދަ މައިންޑް އިން ކައުންޓަރ ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި ބުނެފައިވެއެވެ. މި ޙަވާލާދިނުނ ދްމައިންޑް އނި ކައުންޓަރ ގެ ފަރާތުން ބިނާކޮށްފައިވަނީ މި ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގ 4.9 ވަނަ މާއްދާއަށް ރިޢާޔަތްކޮށްގެންނެވެ. 12- ދ މައިންޑް އިނ ކައުންޓަރ ގެ ފަރާތުން ޙަވާލާދޭ، މި ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގެ
9.4 ވަނަ މާއްދާއަކީ، މި ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގ މުއްދަތު ހަމަވުމަށްފަހުވެސް އެއްބަސްވުން ބާޠިލު ނުކޮށް ކުރިއަށް ގެންދިއުމަށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން ކަނޑައަޅާ ޙާލަތެއްގައް އާފުރުސަތ ދިނުމަށްފަހު ދެން ކަންކުރަންޖެހޭ ގޮތް ބަޔާންކުރާ މާއްދި އެއްކަން މުޅި އެއްބަސްވުމުގައ ބުނި އެއްޗަކަށް ޖުމްލަ ގޮތެއްގައި ބެލުމުން އެނގެން އޮވެއެވެ. މި ގޮތުންދެ ފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގެ 9.3 ގައި، " ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި އެކަށީގެންވާގޮތަށ މަސައްކަތް ކުރމުނަ ނުދާ ފަރާތްތަކަށް މަސައްކަތް ނިންމުމަށް ދެވޭ މުއްދަތަށް ލުޔެއް ނުދެވޭނެއެވެ. )މުއްދަތު އިތުރު ކޮށް ނުދެވޭނެއެވެ.( އެއްބަސްވުމުގެ 9.4- އެއްބަސްވުމުގެ މުއްދަތަށް މަސައްކަތް ނުނިމި އިތުރުވާ ކޮންމެ ދުވަހަކަށް މަސައްކަތުގެ އަގުގެ 0.5% ގެ ރޭޓުން ކެނޑޭނެއެވެ. މިގޮތަށް ކެނޑޭ އަގު، މުޅި ކޮންޓްރެކްޓުގެ އަގުގެ 15% އަށް ވުރެ ބޮޑުވާނަމަ މާލިއްޔަތު ޤަވާޢިދުގެ 8.29 އާއި 8.32 ގައިވާގޮތުގެ މަތިން ކޮންޓްރެ ކްޓ ބާޠިލް ކުރެވޭނެއެވެ. މިފަދަ ޙާލަތެއް މެދުވެރިވެއްޖެނަމަ،ބާކީ ނުކުރެވި ހުރި މަސައްކަތުގެ ކުޑަ ބޮޑު މިނަށް ބަލާ،އިތުރުފުރސަތެއިނުދީ އެ މަސައްކަތް ހުއްޓުވާ ބާކީ ހުރި މަސައްކަތް ކުރުމަށް އެހެން ފަރާތަކާއި ޙަވާލު ކުރުމުގެ ބާރު މަސައްކަތް ޙަވާލުކުރި ފަރާތަށް ލިބިގެންވެއެވެ." މި ޢިބާރާތުން ބަޔާންކޮށްފައި އޮންނަ އޮތުމުގެ މައްޗަށް ބަލާއިރު، މަސައްކަތް ނިންމުމަށް މުއްދަތ އިތުރު ނުކޮށްދޭނ ދިވެހިރާއްޖޭގ ޤައުމީ ޔުނިވަރސިޓީނ ނިންމް ޙާލަތެއްގައި ދެން އެއްބަސްވުމުގެ
9.4 ގައާ ބުނި ގޮތަށާ ރުޖޫޢަވާން ނުޖެހޭނެކަން އެނގެން އޮތުމުން މި މައްސަލއިގައ ކަނި ހިނގާފައިވަ ގޮތުގެ މައްޗަށް ބަލާއިރު، މާލިއްޔަތު ޤަވާޢިދު )11 ފެބުރުއަރީ 2009( ޤަވާޢިދުގެ 8.29 އަދި 8.32 މި މާއްދާތަކަށް ޝަރީޢަތުން ރިޢާޔަތްކޮށް އެ ޤަވާޢިދުގައި ބުނާ އެއްޗެއްގެ މައްޗަށް ބުރަދަނެއް ދޭން ޖެހޭ ޙާލަތެއް މި މައްސަލައިގައި ކުރި މަތިވެފައިވާކަނ އެނގޭކަށް ނެތެވެ. 13- ދަ މައިންޑް އިންކައުންޓަރގި ފަރާތުން ހުށަހެޅި އިސްތިއުނާފީ ތިންވަނަ ނުކުތާގެ ތަފްސީލުގައި ބުނެފައިވަނީ، މި މައްސަލައިގައި ސިވިލް ކޯޓަށް ހެކިބަސްދީފައިވާ ހެކަ ންގެ ބަޔާންތަކުގައި ހިމެނޭ ގިންވާހަކަތަކަށް ރިޢާޔަތްކޮށްފައި ނުވާކަމަށެވެ. ހެކިންގެ ހެކިބަހާއި ގުޅިގެން ރިޢާޔަތް ނުކުރިކަމަށބުނެ ދަ މައިންޑ އިން ކައުންޓަރ ގެ ފަރާތުނ ހައިކޯޓުގައި ބުނެދޭން ބޭނުންވި ވާހަކައަކީ، ދަ މައިންޑް އިން ކައުންޓަރ އިން ޙަވާލުވި މަސައްކަތް މުއްދަތަށް ނުނިމި ލަސްވީ ދިވެހިރާއްޖޭގެޤައުމީ ޔުނިވަރސިޓީން ޙަވާލުކުރި ސީޑް ނުހުޅުވިގެންކަމަށާއި އަލުން އެހެން ސީޑީއެއ ޙަވާލުކުރިކަން ހުށަހެޅި ހެކިންގެ ހެކިބަހުނަ ފާހަގަވާން އޮތްކަމަށާއި އެހެކިންގެ އ ވާހަކަތަކަށް ސިވިލް ކޯޓުން ރިޢާޔަތް ކޮށްފައިނެތްކަމަށެވެ. 14- ދަ މައިންޑް އިން ކައުންޓަރ ގެ ފަރާތުނ ހުށަހެޅް ހެކިންގެ ހެކިބަސްތަކުން ލިބުނު ނަތީޖާގެ މައްޗށަ ސިވިލް ކޯޓުން ރިޢާޔަތް ކުރިގޮތް އެ ކޯޓުގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގެ 3 ވަނަ ނަންބަރުގެ )ކ( ގައި ބަޔާންކޮށްފައިވަނީ އަންނަނިވި ފަދައިންނެވެ. "ދަޢުވާލިބޭ ފަރާތުން ދަޢުވާކުރާ ފަރާތަށް ފޯރުކޮށްދިން ސޮފްޓް ކޮޕީ )ސީޑީ( ރީޑް ނުކުރާކަމަށާއި، އަދި ދަޢުވާލިބޭ ފަރާތުން ފޯރުކޮށްދިން ނަމޫނާ ޕްރިންޓުގެ ބޭރު ގަނޑުގައި ތާރީޚް ޖަހާފައި އޮތްނަމަވެސް، ދަޢުވާލިބޭ ފަރާތުނ ފޯރުކޮށްދިން ސޮފް ޓް ކޮޕީގެ ބޭރު ގަނޑުގައި ތާރީޚއ ޖަހާފައި ނެތުމުން އެކަން ޙައްލު ކުރުމުގައި މުއްދަތު ތަކެއް ފާއިތުވި ދިޔަކަމަށް ދަޢުވާކުރާ ފަރާތުން ބުނެ، މި ނުކުތާގައި ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު، ދަޢުވާކުރާ ފަރާތާ ޙަވާލު ކުރެވުނު މަސައްކަތުގެ ތެރޭގައި ޕްރޫފ ބެލުން ނުހިމެނޭކަމުގައި ދަޢުވާލިބޭ ފަރާތުން ބުނާކަމާއި، އެހެންކަމުން މި ކަމުގައި ދެފަރާތުގެ ދެމެދުގައި އުފެދި އޮތް ޚިލާފުގެ މައްޗަށްޝަރީޢަތުނ ނަޒަރުކުރާއިރު، ދަޢުވާކުރާ ފަރާތާއި ދަޢުވާލިބޭ ފަރާތިދެމެދު ގައު ވެފައިވާ ނަންބަރ A-MNU-124/FM/2016 3 ވަނަ މާއްދާގައި މަސައްކަތުގެ ތަފްސީލު ބަޔާންވެގެންވާއިރ، އޭގެ ތެރޭގައި ޕްރޫފް ރީޑިން ނުހިމެނޭކަމާއި، މި މައްސަލައާގުޅިގެން ދަޢުވާކުރާ ފަރާތުން ހުށަހެޅި ހެކިންގެ ތެރެއިން ދަޢުވާލިބޭ ފަރާތުގެ މުވައްޒަފެއްގެ ގޮތުގައި ހުރެ ދަޢުވާކުރާ ފަރާތާމުޢާމަލާތް ކޮށްފައިވާ ނ.މިލަދޫ/އަސްރަފީގެ ޢަލީ މޫސާގެ ބަހަށާއި މިމަސައްކަތުގައި އުޅުނު ތ.ބުރުނި/ މޫނިމާގެ އިސްމާޢީލް މުޙައްމަދުގެ ބަހެށް ބެލުމުންވެސް، ނަމޫނާ ޕްރިންޓގ ބޭރު ގަނޑުގައި ތާރީޚް ޖަހާފައި އޮތްއިރު، ސީ.ޑީ ރީޑް ނުކުރުމުގ މައްސަލެ ޙައްލުވުމުގެ އިތުރުން، ދަޢުވާލިބޭ ފަރާތުން ފޯރުކޮށްދިން ސޮފްޓް ކޮޕީގެ ބޭރުގަނޑުގައ ތާރީޚެއް ޖަހާފައި ނެތުމުން ދިމާވާ މައްސަލައި ގުޅިގެން،ސޮފްޓް ކޮޕީގައިވ ގޮތަށާ ކުރިއަށް ގެންދިއުމަށް އިރުޝާދު ދީފައިވާކަން އެނގެން އޮންނައިރު، އެފަދައިން އެ އިރުޝާދު ލިބުނުތޯ 02 )ދޭއް( ދުވަހުގެ ތެރޭގައި ދަޢުވާކުރާ ފަރާތުން މަސައްކަތް ނިންމައި، ދަޢުވާ ލިބޭ ފަރާތާއް ފްތްތައޮ ޙަވާލުކުރަން މަސައްކަތް ކުރިކަން ދަޢުވާކުރާ ފަރާތަށް ޘާބިތުކޮށްދެވިފައިނުވާކަނ އެނގެން އޮންނަކަމެވެ." 15- ހުކިންގ ހެކިބަހުގެ މައްޗަށާއި އެއްބަސްވުމުގައި ބުނާ ކަންކަމުގެ މައްޗަށް ރިޢާޔަތްކޮށް ސިވިލް ކޯޓުގެ ނިންމުމަށް ވާސިލުވި މައިގަނޑު އެއް އަސާސަކީ، ހެކިންގެ ހެކިބަހުން،ސީޑީ ރީޑް ކުރުމުގައި މައްސަލައެއް ދިމާވެގެނ އެކަން ޙައްލުކުރުމަށް މަސްއްކަތްތަކެއް ކުރިކމަށ ބެލިނަމަވެސް ދިމާވާ މައްސަލި ޙައްލުކޮށް މަސައްކަތް ކުރިއަށް ގެންދިއުމަށް އިރުޝާދު ލިބުނުތޯ 02 )ދޭއް( ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ފޮތްތައް ދަ މައިންޑ އިން ކައުންޓަރ ގެ ފަރާތުން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ އާއިޙަވާލު ކުރިކަން ހެކިންގެ ހެކި ބަހުން ސާބިތުވާން ނެތްކަމަށެވެ. 16- މީގެ އިތުރުން، ދެ ފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމަށާއި، މައްސަލައިގައި ހިމެނޭ ދެ ފަރާތުންނާއި، ހެކީންގ ހެކިބަސްތަކުގެ މައްޗަށް ރިޢާޔަތްކޮށް މައްސަލަ ނިންމުމުގައި ސިވިލް ކޯޓުން ފާހަގަކުރި އަނެއް ކަމަކީ، އެއްބަސްވުމުގެ ދަށުން ތައްޔާރުކުރަން ޙަވާލުކުރި ފޮތްތަކަކީ، ދިވެހިރާއްޖޭގާޤައުމީ ޔުނިވަރސިޓީން ހިންގެ ކޯހެއްގެ އަތްމަތީ ފޮތްތައްކަމަށްވެފައި، އެ ފޮތްތައް ލޭ ސްވާތީ އެކަމާމެދު ކޯސް ހިންގާ ފެކަލްޓީގަ ޑީން ހިތްހަމަ ނުޖެހިގެން ޝަކުވާ ހުށަހެޅިކަން އެނގެން އޮންނައިރު، މި މައްސަލައިގައި ޙަވާލާދެވޭ ފޮތްތަކަކީ ލަސްވެއްޖެ ހިނދެއްގައި އޭގެ ބޭނުމާއި މަޤްސަދު ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއަށް ޙާސިލ ނުވެދާނެ އެއްޗެއްކެ ނ އެނގެން އޮންން އޮތުމުގެ މައްޗަށާއި، ދެ ފަރާތުގެ ދެމެދުގައި ވެވުނު އެއްބަސްވުމުގައ އޮތް ތާރީޚާއި، ދަ މައިންޑ އިން ކައުންޓަރ ގެ ފަރާތުން ޝަރީޢަތުގެ ކުރިމައްޗަށް ހުށަހެޅި ތާރީޚުގެ މައްޗަށްވެސް ޝަރީޢަތުން ރިޢާޔަތްކޮށްފައިވާނެކަމަށެވެ. އިސްތިއުނާފީ ނުކުތާތަކާއމެދި ކަނޑައެޅުނުގޮތް 17- ކޮންޓްރެކްޓަކީ އެ ކޮންޓްރެކްޓް ކުރާ ދެމީހުންގެ ކަންކަން ނިންމަން އޮންނަ ޤާނޫނެވެ. ކޮންޓްރެކްޓުގައި ވަކި ކަމެއް ވަކި ގޮތަކަށް ކުރުމަށް ނުވަތަ ވަކި މުއްދަތެއްގައި ކުރުމަށް ކަނޑައަޅާ ބުނެފައިވާނަމަ އެކަމެއް ކުރަންވާނީ އެ ކޮންޓްރެކްޓުގައި ބުނެފައިވާ ގޮތަށެވެ. ކޮންޓްރެކްޓުގައި ހިމެނޭ ބައިވެރިންގެ ފަރާތުން އެ ނޫން ގޮތަކަށް ކަންކުރުމަށް ލުއި ނުދޭހާ ހިނދަކުއެވެ. ދަށުކޯޓުގެ ރިޕޯޓުގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ 3 ގެ )އ(. 18- މި މައްސަލައިގައި ޙަވާލާދޭ މުޢާމަލާތަކީ، ވަކި ބޭނުމެއްގައި ވަކި މުއްދަތެއްގެ ތެރޭގައި ނިންމުމަށް ޙަވާލު ކުރެވިފައިވާ މަސުއްކަތެކެވެ. ކަނޑައެޅިފައިވާ މުއްދަތުގައި މަސައްކަތް ނުނިންމައިފިނަމަ މުޅި މަސައްކަތގޭމަޤްސަދު ޙާސިލު ނުވެދާނެ ގޮތަކަށް އޮތް ކަމެކެވެ. މިހެންކަމުން މުއްދަތަށް ޙަވާލު ކުރެވިފައިވާ މަސައްކަތް ނިންމުން އެއީ މި އެއްބަސްވުމުގެ ޖައުހަރީ ކަމެއްގެ ގޮތުގައި ހިމެނކަމެއްކަނ އެނގެއެވެ. 19- ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ސެންޓަރ ފޯ މެރިޓައިމް ސްޓަޑީޒްއިނ ހިންގި ސީ. އނަ.ސ ކޯހުގެ ބޭނުމަށް އެ ކޯހަށް ބޭނުންވާ އަތްމަތީ ފޮތްތަކެއ ޕްރިންޓް ކުރުމުގެ މަސައްކަތް ދަ މައިންޑ އނ ކައުންޓަރާއި ޙަވާލުކޮށްފައިވަނީ މަސައްކަތް ޙަވާލުކުރާތާ 02 )ދޭއް( ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށް އެއްބަސްވެގެންކަން މި ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމަށް ބެލުމުން އެނގެން އެބައޮތެވެ. މަސައްކަތް ޙަވާލުކުރުމުން މަސައްކަތް ވީހާވެސް އަވަހަކަށް ފަށަން ޖެހޭނެކަމަށް އެއްބަސްވުމުގައި ބުނާއިރު، މަސައްކަތް ނުފެށި ލަސްވާނަމަ ނުފެށޭ ސަބަބު ސިޓީއަކުން އަންގަންޖެހޭނެކަމަށްވެސް އެއްބަސްވުމުގައި ބުނެފައި އެބައޮތެވެ. 2 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ޙަވާލާ ކުރެވުނު މަސައްކަތު އެ މުއްދަތުގެ ތެރޭގައި ނިންމާފައެއް ނުވެއެވެ. އެއީ އެއްބަސްވުމުގައި ބުނާ ތާރީޚުގެ ގޮތުން ބެލިކަމުގައިވީނަމަވެސ ނުވަތް ހެކިވެރިންގެ ފަރާތުން ބުން، ސީޑީ ރީޑު ކުރުމުގެ މައްސަލަ ޖެހިގެން އެކަން ޙައްލު ކުރުމުގެ ފަހަށަމުއްދަތު ގުނާގޮތަށް ބެލިނަމެވެސެމއެވ. މަސައްކަތް ޙަވާލުވި 2 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމިކަން އެއްވެސް ގޮތަކުން ސާބިތުވާން ނެތްއިރު، އެއްބަސްވުމުގެ 5 ވަނަ މާއްދާ އެއްބަސްވުމުގެ 9.2 ވަނަ މާއްދާ މަސައްކަތް ނުފެށ ލަސްވި ސަބަބު ސިޓީއަކުން ދަ މައިންޑ އިން ކައުންޓަރގެ ފަރާތުންދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއަށ އަންގާފައި ވާކަންވެސް ސާބިތުވާކަށްނެތެވެ. 20- މި ބުނެވުނު ސަބަބުތަކުގެ މައްޗަށް ރިޢާޔަތްކޮށް، ދަ މައިންޑ އިން ކައުންޓަރ ގެ ފަރާތުން ހުށަހެޅި ދަޢުވާ ސާބިތުކޮށްދެވިފައިނުވާކަމަށް ސިވިލް ކޯޓުން ބިނާކުރި އަސާސް ޝަރުޢީ އަދި ޤާނޫނީ ގޮތުނ ގޯސްކަމުގައި ބުނެވޭކަށްނެތެވެ. އަދ މި މައްސަލަ އިސްތިއުނާފު ކުރަމުން ދަ މައިންޑ އިން ކައުންޓަރ ގެ ފަރާތުން ހުށަހެޅި އިސްތިއުނާފީ ނުކުތާތަކުގައި، މި މައްސަލަ ނިންމުމުގައި ސިވިލް ކޯޓުން ރިޢާޔަތް ނުކޮށް ކަންތައްތަކެއް ހުރިކަމަށް ފާހަގަކުރިނަމަވެސް ކަން އޮތީ އެ ގޮތަށް ނޫންކަން އެނގެން އެބައޮތެވެ. 21- ވީމާ، އިސްވެދިޔަ ސަބަބުތައް އެފަދައިން ހުރުމުން މި މައްސަލައިގައި އަހުރެންގެ ރައުޔަކީ، ދަ މައިންޑް އިން ކައުންޓަރ)މުޙައްމަދު ޢާޠިފް ހުޅަނގުގެ( ގެ ފަރާތުން އިސްތިއުނާފު ކުރުމަށް ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ބިނާކޮށް، ސިވިލް ކޯޓުގެ ނަންބަރ 4398/Cv-C/2018 ޤަޟިއްޔާގައި އެ ކޯޓުން ކުރައްވާފައިވާ ޙުކުމަށް ބަދަލެއް ގެންނަންޖެހޭނެ ޝަރުޢީ އަދި ޤާނޫނީ ވިޔަސް ސަބަބެއް ނުވާކަމުގައެވެ.
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ދައުލަތުގެ މާލިއްޔަތު ޤަވާޢިދު (11 ފެބުރުއަރީ 2009) ގެ 8.29 އަދި 8.32 ވަނަ މާއްދާ
ޝަރީޢަތުގެ ވީޑިއޯ
މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.