ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
2019/HC-A/584

އެމް ސެވަން ޕްރިންޓް ޕްރައިވެޓް ލިމިޓެޑް ވ. މެގަ ގްލޯބަލް އެއަރސަރވިސް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑް

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި
ސުޕްރީމް ކޯޓަށް އިސްތިއުނާފުކޮށްފައި ނުވޭ · ރަޖިސްޓްރީ ބެލީ 15 އޮކްޓޫބަރު 2026ޙުކުމުގެ ހާލަތު
ހައިކޯޓު · 24 ނޮވެމްބަރު 2021ދަށު ކޯޓު: ސިވިލް ކޯޓު 1120/Cv-C/2019ބާވަތް: މަދަނީ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
ސިވިލް ކޯޓު 1120/Cv-C/2019
ފަހުގެ ތާރީޚު
ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް

ކޯ ޓާމްސް

ޚުލާޞާ

ކޯޓުން ނިންމަން ޖެހުނު ސުވާލު
ލިޔުމުން އެއްބަސްވުމެއް ނެތި، ޚިދުމަތުގެ އިންވޮއިސްގައި ބަޔާންކޮށްފައިވާ (ދުވާލަކަށް 0.5%) ޖޫރިމަނާ، އިންވޮއިސް ބަލައިގަތުމުން ޟިމްނީ ގޮތުން ޤަބޫލުކުރިކަމަށް ބަލައި ނަގައިދެވޭތޯ.

ނިންމުން

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި

އިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ޙުކުމް ޤާއިމް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

HN1 ޖޫރިމަނާ ނުވަތަ ޝަރުޠު ޖަޒާއީއާ ގުޅޭ ގޮތުން މިހާރު ޢަމަލުކުރެވެނީ ސުޕްރީމް ކޯޓުގެ 2020/SC-A/28 ޤަޟިއްޔާގެ އަޣްލަބިއްޔަތު ރައުޔުގައި ކަނޑައަޅާފައިވާ ހަމަތަކަށް ކަމާއި، ޝަރުޠު ޖަޒާއީގެ ދަށުން ފައިސާ ނަގައިދެވޭނީ، އެ މާއްދާއަކީ އެއްބަސްވުމާ ޚިލާފުވުމުން ލިބޭ ގެއްލުން ފޫބެއްދުމަށް ބޭނުންވާ މިންވަރުގެ އެކަށީގެންވާ އަންދާޒާއެއް (ލިކުއިޑޭޓެޑް ޑެމޭޖަސް) ކަމަށްވާނަމަ، ޚިލާފުވާ ފަރާތަށް ޢުޤޫބާތެއް ކުރިމަތިކުރުމަށް ހިމަނާފައިވާ ޕެނަލްޓީ ކްލޯޒެއް ނޫންނަމައެވެ.

HN2 ޖޫރިމަނާގެ ގޮތުގައި ހޯދަން އެދޭ ޢަދަދަކީ ފޯރުކޮށްދިން ޚިދުމަތަށް ދައްކަންޖެހޭ ޢަދަދަށްވުރެ ތިން ގުނައަށްވުރެވެސް ބޮޑު ޢަދަދެއްނަމަ، އެއީ ޕެނަލްޓީއެއް ނުވަތަ ޢުޤޫބާތެއްގެ ގޮތުގައި ބެލުމުގެ ފުރުޞަތު އޮވެއެވެ.

HN3 ކޮންޓްރެކްޓެއްގައި ޝަރުޠު ޖަޒާއީއާ ގުޅޭ މާއްދާއެއް ނެތް ޙާލަތުގައި، އެއް ބައިވެރިއަކު އަނެކަކަށް ފޮނުވާ އެންގުމެއްގައި ނުވަތަ އިންވޮއިސްއެއްގައި ފައިސާ ނުދައްކައިފިނަމަ ޖޫރިމަނާ ކުރެވޭނެކަމަށް ބަޔާންކޮށްފައި އޮވެ، އެ އިންވޮއިސް ލިބި ހަނު ހުރުމަކުން އެއްބަސްވުމަށް ބަދަލެއް ނާދޭނެ ކަމާއި އައު އެއްބަސްވުމެއް ވުޖޫދުވީ ކަމަކަށް ނުވާނެއެވެ.

ވަކީލުންނާއި ފަނޑިޔާރުން

ވަކީލުން
—
ބެންޗު
ފަނޑިޔާރު ޢަބްދުﷲ ޙަމީދު، ފަނޑިޔާރު ޝުޢައިބު ޙުސައިން ޒަކަރިއްޔާ، ފަނޑިޔާރު މުޙައްމަދު ނިޔާޒް
ރިޔާސަތު
—
ރައުޔު ލިޔުނު ފަނޑިޔާރު
ފަނޑިޔާރު ޢަބްދުﷲ ޙަމީދު · ތާއީދުކުރެއްވީ: ފަނޑިޔާރު ޝުޢައިބު ޙުސައިން ޒަކަރިއްޔާ، ފަނޑިޔާރު މުޙައްމަދު ނިޔާޒް
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.

ފަނޑިޔާރު ޢަބްދުﷲ ޙަމީދުގެ ރައުޔު، މި ރައުޔަށް ފަނޑިޔާރު ޝުޢައިބު ޙުސައިން ޒަކަރިއްޔާއާއި ފަނޑިޔާރު

މުޙައްމަދު ނިޔާޒް ތާއީދުކުރައްވައެވެ .  މައްސަލައިގެ ޚުލާޞާ : 1- މިއީ، ސިވިލް ކޯޓު ގެ ނަންބަރު 1120/Cv-C/2019 ޤަޟިއްޔާ އެ ކޯޓުން ނިންމަވާފައިވަނީ ޝަރުޢީ ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށްބުނެ، އެ ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް އެމް . ސެވަން ޕްރިންޓް ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ . މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ މެގަ ގްލޯބަލް އެއަރސަރވިސް )މޯލްޑިވްސް ( ޕްރައިވެޓް ލިމިޓެޑް އެވެ .  މައްސަލައިގައި ކަން ހިނގާފައިވާގޮތް : 2- އެމް .ސެވަން ޕްރިންޓް ޕްރައިވެޓް ލިމިޓެޑު ން މެގަ ގްލޯބަލް އެއަރސަރވިސް )މޯލްޑިވްސް ( ޕްރައިވެޓް ލިމިޓެޑަށް 2016ވަނަ އަހަރުން ފެށިގެން 2017ވަނަ އަހަރުގެ ނިޔަލަށް ފޯރުކޮށްދީފައިވާ ޚިދުމަތްތަކަށް ފޮނުވާފައިވާ އިންވޮއިސްތަކަށް މިހާތަނަށް ފައިސާ ލިބިފައިނުވާކަމަށްބުނެ، އެ ފައިސާއާއި، އެ ފައިސާ ނުދެއްކުމުގެ ސަބަބުން އަރާ ޖޫރިމަނާ ހޯދުމަށާއި ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށްއެދި، އެމް .ސެވަން ޕްރިންޓް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން މެގަ ގްލޯބަލް އެއަރސަރވިސް )މޯލްޑިވްސް ( ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ދަޢުވާ ރައްދުވާގޮތަށް 2019 މާރިޗު 12 ގައި ސިވިލް ކޯޓަށް ދަޢުވާ ހުށަހެޅިއެވެ . 3- އެ މައްސަލަ ސިވިލް ކޯޓުން ބައްލަވާފައިވަނީ އެ ކޯޓުގެ ނަންބަރު 1120/Cv-C/2019 ޤަޟިއްޔާއިންނެވެ .

1ރަޖިސްޓްރީ ނަންބަރު C-393/2007

2ރަޖިސްޓްރީ ނަންބަރު C-0166/2010  ސިވިލް ކޯޓުން މައްސަލަ ނިންމިގޮތް : 4- ސިވިލް ކޯޓުގެ ނަންބަރު 1120/Cv-C/2019 ޤަޟިއްޔާގައި އެކޯޓުން ނިންމަވާފައިވަނީ، ]ދެންފަހެ، އިސްވެދިޔަ ބަޔާންތަކަށާއި، ފާހަގަކުރެވުނު ނުކުތާތަކަށް ރިޢާޔަތްކުރުމުން، އެމް . ސެވަން ޕްރިންޓް ޕްރައިވެޓް ލިމިޓެޑް )ރަޖިސްޓްރީ ނަންބަރު : C-393-2007( ގެ ފަރާތުން މެގަ ގްލޯބަލް އެއަރސަރވިސް )މޯލްޑިވްސް ( ޕްރައިވެޓް ލިމިޓެޑް )ރަޖިސްޓްރީ ނަންބަރު : C-0166/2010( ގެ މައްޗަށް ކޮށްފައިވާ މިދަޢުވާގައި، ހުށަހެޅިފައިވާ އިންވޮއިސްތަކުގެ ޖުމްލަ 14,712/80ރ. )ސާދަހާސް ހަތްސަތޭކަ ބާރަ ރުފިޔާ އަށްޑިހަ ލާރި ( އަކީ މެގަ ގްލޯބަލް އެއަރސަރވިސް )މޯލްޑިވްސް ( ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އެމް .ސެވަން ޕްރިންޓް ޕްރައިވެޓް ލިމިޓެޑަށް ދައްކަންޖެހޭ ފައިސާކަން މެގަ ގްލޯބަލް އެއަރސަރވިސް )މޯލްޑިވްސް ( ޕްރައިވެޓް ލިމިޓެޑްގެ އިޢުތިރާފުން ޝަރީޢަތަށް ޘާބިތުވާކަމުގައި ކަނޑައަޅައި، ނަމަވެސް ދަޢުވާގައި އެދިފައިވާ ޖޫރިމަނާގެ ފައިސާ އާއި، ގެއްލުމުގެ ބަދަލު ޝަރީޢަތަށް ޘާބިތުކޮށްދެވިފައި ނ ވާކަމަށްޓަކައި ނަގައިދެވެން ނެތްކަމުގައި ކަނޑައަޅައި؛ އިސްވެ ބުނެވިދިޔަ 14,712/80ރ. )ސާދަހާސް ހަތްސަތޭކަ ބާރަ ރުފިޔާ އަށްޑިހަ ލާރި( އެމް .ސެވަން ޕްރިންޓް ޕްރައިވެޓް ލިމިޓެޑް ރަޖިސްޓްރީ )ރަޖިސްޓްރީ ނަންބަރު : C-393-2007( އަށް ލިބިދިނުމުގެ ގޮތުން މިއަދު )15 ސެޕްޓެމްބަރ 2015މ(. ދުވަހުން ފެށިގެން 15 )ފަނަރަ ( ދުވަހުގެ މުއްދަތުގައި މިފައިސާ ސިވިލް ކޯޓަށް ދައްކާ ޚަލާޞްކުރުމަށް ދަޢުވާލިބޭ މެގަ ގްލޯބަލް އެއަރސަރވިސް )މޯލްޑިވްސް ( ޕްރައިވެޓް ލިމިޓެޑް )ރަޖިސްޓްރީ ނަންބަރު : 0166/2010-C( އަށް އަންގައި ޙުކުމްކޮށްފީމެވ[. މިފަދައިންނެވެ . އެ ޤަޟިއްޔާ ސިވިލް ކޯޓުން ނިންމަވާފައިވަނީ 15 ސެޕްޓެންބަރު 2019 ގައެވެ .

3ސިވިލް ކޯޓުގެ ނަންބަރު 1120/Cv-C/2019 ޤަޟިއްޔާ ގެ ޙުކުމް.  އިސްތިއުނާފަށް ހުށަހެޅުން: 5- ސިވިލް ކޯޓުގެ ނަންބަރު 1120/Cv-C/2019 ޤަޟިއްޔާ އެކޯޓުން ނިންމަވާފައިވަނީ ޝަރުޢީ ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ، އެމް . ސެވަން ޕްރިންޓް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އެ ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް އެދި 2019 އޮކްޓޫބަރު 10 ގައި ހައިކޯޓަށް ހށަހެޅިއެވު . 6- އެމް . ސެވަން ޕްރިންޓް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހައިކޯޓަށް ހުށަހެޅި މައްސަލަ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/584 ޤަޟިއްޔާގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވަނީ، 2019 ނޮވެންބަރު 21ވަނަ ދުވަހު އެވެ .  އިސްތިއުނާފީ ނުކުތާ ތައު: 7- ސިވިލް ކޯޓުގެ ނަންބަރު 1120/Cv-C/2019 ޤަޟިއްޔާގައި ނިންމަވާފައިވާ ނިންމެވުން އިސްތިއުނާފު ކުރުމަށް އެމް . ސެވަން ޕްރިންޓް ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން އަންނަނިވި ނުކުތާތައް ހުށަހަޅާފައިވެއެވެ .

7.1- ފުރަތަމަ ނުކުތާއަކީ، ދަޢުވާގައި ހުށަހަޅާފައިވަނީ މަސައްކަތުގެ އަގު ހޯދުމަށާއި، ހޯދުމަށް ފޮނުވުނު އިންވޮއިސްގައިވާ މުއްދަތުގައި އިންވޮއިސްގެ ނިސްބަތުން މައްސަލައިގައި ޙުކުމެއް ކުރުމާހަމައަށް އަރާ ޖޫރިމަނާ ދައްކާ ޚަލާސްކުރުންކަމަށްވެފައި ޖޫރިމަނާގެ ޢަދަދު ގެނެސްފައިވަނީ ހިސާބުކޮށް އޭގެ ތަފްޞީލް ހުށަހެޅިފައިވާ ލިޔުންތަކުންނާއި ދެކެވުނު ވާހަކަތަކުން އެނގެން އޮތްކަމުގައި ވީނަމަވެސް، މުޢާމަލާތުގައި ޖޫރި މަނާއާމެދު ދެ ފަރާތުގެ ދެމެދުގައި އެއްބަސްވެ ތަންފީޒުކުރެވޭނެ ފަދަ ޤާނޫނީ ކޮންޓްރެކްޓެއް ލިޔުމުން ނުވަތަ ބަހުން ނުވަތަ ޢަމަލުން ކޮށްފައި ނެތްކަމަށް ކަނޑައަޅައި، ނިންމަވާ ފައިވަނ ޤާނޫނު ނަންބަރު 91/4 )ކޮންޓްރެ ކްޓާ ބެހޭ ޤާނޫނު( ގެ 5ވަނަ މާއްދާގައި ބަޔާންކުރާ ޝަރުޢީ އަދި ޤާނޫނީ އުޞޫލާ ޚިލާފަށް ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ .

7.2- ދެވަނަ ނުކުތާއަކީ، މައްސަލައިގައި ޖޫރިމަނާގެ ޢަދަދު ބިނާވެގެންވަނީ އިންވޮއިސް ލިބިގެންކަމަށް ވީހިނދު، އިސްތިއުނާފުރައްދުވާ ފަރާތުން، އިސްތިއުނާފު ކުރާ ފަރާތުން ހޯދައިފައިވާ ޚިދުމަތަށް ފައިސާ ދެއްކުމަށް އިސްތިއުނާފުކުރާ ފަރާތުން ދީފައިވާ އިންވޮއިސްގައި ބަޔާންކޮށްފައިވާ މުއްދަތުގައި ފައިސާ ނުދައްކާ ހިނގާ ކޮންމެ ދުވަހަކަށް އިންވޮއިސްގެ ޖުމްލަ ޢަދަދުގެ %0.5 އަށް ޖޫރިމަނާ ވާނެކަން ބަޔާންކޮށް އިންވޮއިސްތައް އިސްތިއުނާފުރައްދުވާ ފަރާތަށް ލިބި މިކަމަށް އިންކާރުކޮށްފައިނުވާއިރު، މިކަމަށް ރިޢާޔަތްނުކޮށް މައްސަލައިގެ ޙުކުމަށް ވާޞިލްވެފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލާ ޚިލާފަށްކަމާއި، އަދި ދިވެހިރައްޖޭގެ ސުޕްރީމްކޯޓުގެ ނަންބަރު 2014/SC-A/01 ޤަޟިއްޔާގައިވާ އުޞޫލަށް ރިޢާޔަތްކުރުމެއްނެތި ޙުކުމަކަށް ވާޞިލުވެފައިވާ ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ .  އިސްތިއުނާފުކުރާ ފަރާތުން އެދިފައިވާ ގޮތް : 8- މި މައްސަލައިގައި އިސްތިއުނާފުކުރާ،އެމް . ސެވަން ޕްރިންޓް ޕްރައިވެޓް ލިމިޓެޑގް ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އެދިފައިވަނީ، ސިވިލް ކޯޓުގެ ނަންބަރު 1120/Cv-C/2019 ޤަޟިއްޔާއިން ކުރައްވާ ފައިވާ ޙުކުމަށް ބަދަލުގެންނަންޖެހޭ ކަމަށް ކަނޑައަޅުއްވައި ދެއްވައި، އިސްތިއުނާފުކުރާ ފަރާތުން ނަގައިދިނުމަށް އެދިފައިވާ އިންވޮއިސްތަކުގެ ޖުމްލައާއި އެފައިސާ ނުދެއްކުމުގެ ސަބަބުން އަރާފައިވާ ޖޫރިމަނާ ފައިސާއަކީ އިސްތިއުނާފު ރައްދުވާ ފަރާތުން ދައްކަންޖެހޭ ފައިސާއެއް ކަމަށް ކަނޑައަޅުއްވައި ދެއްވައި އިސްތިއުނާފު ކުރެވިފައިވާ މައްސަލަ ނިންމައި ދިނުމަށެވެ .  ޝަރީޢަތަށް ފާހަގަކުރެވުނު ނުކުތާތައް : 9- އެމް .ސެވަން ޕްރިންޓް ޕްރައިވެޓް ލިމިޓެޑްއިން މެގަ ގްލޯބަލް އެއަރސަރވިސް )މޯލްޑިވްސް ( ޕްރައިވެޓް ލިމިޓެޑަށް 2016ވަނަ އަހަރުން ފެށިގެން 2017ވަނަ އަހަރުގެ ނިޔަލަށް ފޯރުކޮށްދީފައިވާ ޚިދުމަތްތަކަށް ފޮނުވާފައިވާ އިންވޮއިސްތަކަށް މިހާތަނަށް ފައިސާ ލިބިފައިނުވާކަމަށްބުނެ، އެ ފައިސާއާއި، އެ ފައިސާ ނުދެއްކުމުގެ ސަބަބުން އަރާ ޖޫރިމަނާ ހޯދުމަށާއި، ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް އެދި، އެމް .ސެވަން ޕްރިންޓް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުނ، މެގަ ގްލޯބަލް އެއަރސަރވިސް )މޯލްޑިވްސް ( ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ދަޢުވާ ރައްދުވާގޮތަށް ސިވިލް ކޯޓުގައި ދަޢުވާކޮށްފައިވެއެވެ . 10- އެމް . ސެވަން ޕްރިންޓް ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން މެގަ ގްލޯބަލް އެއަރސަރވިސް )މޯލްޑިވްސް ( ޕްރައިވެޓް ލިމިޓެޑް ގެ މައްޗަށް ކޮށްފައިވާ މިދަޢުވާގައި، ހުށަހެޅިފައިވާ އިންވޮއިސްތަކުގެ ޖުމްލަ 14,712/80ރ. )ސާދަހާސް ހަތްސަތޭކަ ބާރަ ރުފިޔާ އަށްޑިހަ ލާރި ( އަކީ މެގަ ގްލޯބަލް އެއަރސަރވިސް )މޯލްޑިވްސް ( ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އެމް .ސެވަން ޕްރިންޓް ޕްރައިވެޓް ލިމިޓެޑަށް ދައްކަންޖެހޭ ފައިސާކަން މެގަ ގްލޯބަލް އެއަރސަރވިސް )މޯލްޑިވްސް ( ޕްރައިވެޓް ލިމިޓެޑްގެ އިޢުތިރާފުން ޝަރީޢަތަށް ޘާބިތުވާކަމުގައި ކަނޑައަޅައި، ނަމަވެސް ދަޢުވާގައި އެދިފައިވާ ޖޫރިމަނާގެ ފައިސާ އާއި، ގެއްލުމުގެ ބަދަލު ޝަރީޢަތަށް ޘާބިތުކޮށްދެވިފައި ނުވާކަމަށްޓަކައި ޖޫރިމަނާގެ ފައިސާ ނަގައިދެވެން ނެތްކަމުގައި ކަނޑައަޅައި ޙުކުމް ކުރައްވާފައިވެއެވެ . 11- އިސްތިއުނާފުކުރެވިފައިވާ ސިވިލް ކޯޓުގެ ނަންބަރު 1120/Cv-C/2019 ޤަޟިއްޔާ އެ ކޯޓުން ނިންމާފައިވަނީ، ޝަރުޢީ ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ، އިސްތިއުނާފުކުރާއެމް . ސެވަން ޕްރިންޓް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފީ 2 )ދޭއް ( ނުކުތާ ބިނާކޮށްފައިވާ ޤާނޫނީ

4ސިވިލް ކޯޓުގެ ނަންބަރު 1120/Cv-C/2019 ޤަޟިއްޔާގެ ޙުކުމް. އަސާސަކީ، އިސްތިއުނާފުކުރާ އެމް . ސެވަ ން ޕްރިންޓް ޕްރައިވެޓް ލިމިޓެޑު ން އިސްތިއުނާފު ރައްދުވާ، މެގަ ގްލޯބަލް އެއަރސަރވިސް )މޯލްޑިވްސް ( ޕްރައިވެޓް ލިމިޓެޑު ގެ ފަރާތުން ހޯދާފައިވާ ޚިދުމަތުގެ އަގު ހޯދުމަށް އެދި އިސްތިއުނާފު ރައްދުވާ ފަރާތަށް ފޮނުވި އިންވޮއިސް ނަންބަރު / ސޭލްސް ރިސިޕްޓް 43972 ]ޓެކްސް އ ންވޮއިސ[ އެ ފަރާތަށް ރައްދުވެ އެ އިންވޮއިސް ބަލައިގަތުމަށްފަހު، އެ އިންވޮއިސްގައިވާ ޖޫރިމަނާގެ ފައިސާ އިސްތިއުނާފު ކުރެވޭ ޤަޟިއްޔާގެ ދަށުން ނަގައިނުދީ ނިންމާފައިވާ ނިންމުމަކީ، ޤާނޫނު ނަންބަރު 91/4 )ކޮންޓްރެކްޓާބެހޭ ޤާނޫނު(ގެ 5ވަނަ މާއްދާ އާއި، އިންވޮއިސްގައި ބަޔާންކުރާ ޖޫރިމަނާ ފައިސާ ނަގައިދިނުމާ ގުޅޭގޮތުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2013/SC-A/27 ޤަޟިއްޔާއާއި، އަދި ސުޕްރީމް ކޯޓުގެ ނަންބަރު 2014/SC-A/01 ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުޞޫލާ ޚިލާފަށް ނިންމާފައިވާ ނިންމުމެއްކަމަށް، ފާހަގަކޮށްފައިވާ އިސްތިއުނާފީ ނުކުތާތަކެއްކަން އެ ނުތާތަކާ ގުޅިގެން ދައްކާފައިވާ ވާހަކަތަކުން އެނގެން އޮވެއެވެ. 12- ޤާނޫނު ނަންބަރު 91/4 )ކޮންޓްރެކްޓާބެހޭ ޤާނޫނު(ގެ 5ވަނަ މާއްދާގައިވަނީ، ]މ ޤާނޫނުގައި ބުނެފައިވާ ގޮތުގެ މަތިން، އެކަކު އަނެކަކަށް ހުށަހަޅާ ހުށަހެޅުމެއް، އެ ހުށަހެޅުން ރައްދުވީ ފަރާތުން ގަބޫލުކުރުމުން ކޮންޓްރެކްޓެއް ކުރެވުނީއެވެ .[ މިފަދައިންނެވެ . ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2013/SC-A/27 ޤަޟިއްޔާއާ ޙަ ވާލާދީ އިސްތިއުނާފުކުރާ ފަރާތުން ފާހަގަކޮށްފައިވަނީ، ޖޫރިމަނާ ފައިސާ އަރާނެކަމަށް ބުނެ އެއް ފަރާތުން ހުށަހެޅުމެއް ހުށަހަޅާފައިވާކަން އެނގިހުރެ ވެސް، އެއަށް އެއްވެސް ޖަވާބެއްނުދީ، އިންކާރު ނުކޮށް ޟިމްނީ ގޮތުން ޖޫރިމަނާ ދައްކަން އެއްބަސްވެ ފައިވާނަމަ، ޖޫރިމަނާ ދެއްކުން އަނެއް ފަރާތުގެ މައްޗަށް ލާޒިމުވެގެންވާކަމަށެވެ . ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2014/SC-A/01 ޤަޟިއްޔާއާ ޙަ ވާލާދީ، އިސްތިއާފުކުރާ ފަރާތުން ފާހަގަކޮށްފައިވަނީ، ޙަވާލާދޭ ސުޕްރީމް ކޯޓުގެ ޤަޟިއްޔާ ގެ ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާގެ )ރ( ގައި .......]ހުށަހެޅި ފަރާތުގެ ހުށަހެޅުމަށް، އެ ހުށަހެޅުން ޤަބޫލުކުރިފަރާތުން އެ ހުށަހެޅުން ހުށަހެޅިފައިވާކަން އެނގިހުރެ އެ ހުށަހެޅުން ޤަބޫލު ނުކުރާކަން ނާންގައި ސުކޫތުވެގެން ހުރިކަމުގައި ވިއަސް ހުށަހެޅި ހުށަހެޅުން ޟިމްނީކޮށް ޤަބޫލުކޮށްފައިވާކަމަށް ބެލެވޭފަދަ ޤަރީނާތަކެއް ހުރެއްޖެނަމަ އެކޮންޓްރެކްޓް ފުރިހަމަވެފައިވާކަމުގައި ބަލަންޖހޭކަ މަށް [ ބަޔާންކޮށްފައިވާކަމަށެވެ . އަދި؛ އެ ޤަޟިއްޔާގެ )ބ( ގައި، ]އެކި އެކި ފަރާތްތަކުގެ މެދުގައި ހިންގާ މަދަނީ މުޢާމަލާތްތަކާ ގުޅިގެން ކުރެވޭ ކޮންޓްރެކްޓްތަކުގެ ދަށުން އުފެދޭ އިލްތިޒާމްތައް ފުރިހަމައަށް، އަދާކުރަމުން ދިއުމަށް ބާރުއެޅުމުގެ ގޮތުން ޝަރީޢަތާއި ޤާނޫނު ހުއްދަކުރާ ޖަޒާއީ ޝަރުޠު ތައް އެ ކޮންޓްރެކްޓްތަކުގައި ހިމެނުން އެ ކޮންޓްރެކްޓްތަކުގެ ބައިވެރިންގެ މައްޗަށް މަނާވާ ޝަރުޢީ އަދި ޤާނޫނީ ސަބަބެއް ނެތްކަމަށް [ ބަޔާންކޮށްފައިވާކަމަށާ އ، މީގެ އިތުރުން ؛ އިޝާރާތްކުރެވުނު ޤަޟިއްޔާގެ )ށ( ގައި ]ކޮންޓްރެކްޓްގެ ދެ ބައިވެރިންގެ ތެރެއިން އެކަކު ހުށަހަޅާ ހުށަހެޅުމެއް، ރައްދުވި ފަރާތުން ބަލައިގަނެ ފައިވާ ކަން ދޭހަވާގޮތަށް ޢަމަލުކުރުމަށްފަހު އަނގަބަހުން ނުވަތަ ލިޔުމުން އެ ކޮންޓްރެކްޓެއްގެ އީޖާބއާ ޤަބޫލު ފުރިހަމަނުވާކަމަށް ބުނެ ކުރީގައި ޟިމްނީ ގޮތު ން ޤަބޫލުކޮށްފައިވާކަން ދޭހަވާ ކޮންޓްރެކްޓެއްގެ ދަށުން އެ ފަރާތަކުން އުފުލަންޖެހޭ ޒިންމާއިން ބަރީއަވެވިދާނެފަދަ ޝަރުޢީ އަދި ޤާނޫނީ ހަމައެއްނެތްކަމަށް [ ބަޔާންކޮށްފައިވާއިރު، ބުނެވިދިޔަ އަސާސްތައް އިސްތިއުނާފު މިކުރެވޭ ޤަޟިއްޔާއަށް ތަޠްބީޤުކުރާއިރު؛ އިސްތިއުނާފުކުރެވިފައިވާ ސިވލި ކޯޓުގެ ނަންބަރު 1120/Cv-C/2019 ޤަޟިއްޔާގައި އިސްތިއުނާފު ކުރާ ފަރާތުން އިސްތިއުނާފުރައްދުވާ ފަރާތަށް ދީފައިވާ ޚިދުމަތުގެ މުޤާބިލުގައި ފައިސާ ދެއްކުމަށް ދީފައިވާ އިންވޮއިސްގައި އިންވޮއިސްގެ ފައިސާ ދައްކަންޖެހޭ މުއްދަތާއި އެ މުއްދަތުގައި ފައިސާ ނުދައްކައިފި ހިނދެއްގައި ވާނެގޮތް ޖަޒާއީ ޝަރުޠެއްގެ ގޮތުގައި ހުށަހަޅައި ޟި މްނީގޮތެއްގައި އެ ހުށަހެޅުން އިސްތިއުނާފުރައްދުވާ ފަރާތުން ބަލައިގަނެފަ އިވާކަން އެނގެން އޮންނަކަމަށެވެ . 13- އިސްތިއުނާފުކުރާ، އެމް . ސެވަން ޕްރިންޓް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ދަށުކޯޓަށް ހުށަހެޅި ދަޢުވާގައި، އިސްތިއުނާފު ރައްދުވާ، މެގަ ގްލޯބަލް އެއަރސަރވިސް )މޯލްޑިވްސް ( ޕްރައިވެޓް ލިމިޓެޑުން

5އިންވޮއިސްގައި ބަޔާންކޮށްފައިވާ މުއްދަތުގައި ފައިސާ ނުދައްކާ ހިނގާ ކޮންމެ ދުވަހަކަށް އިންވޮއިސްގެ ޖުމްލަ ޢަދަދުގެ %0.5 އަށް ޖޫރިމަނާ ވާނެކަން . އިސްތިއުނާފުކުރާ ފަރާތުން ހޯދި ޚިދުމަތުގެ އަގުގެ ގޮތުގައި، ހުށަހެޅިފައިވާ އިންވޮއިސްގެ ޕްރިންސިޕަލް އެމައުންޓް ކަމުގައި ވާ 14,712/80ރ. )ސާދަހާ ސ ހަތްސަތޭކަ ބާރަ ރުފިޔާ އަށްޑިހަ ލާރި( އަކީ، މެގަ ގްލޯބަލް އެއަރސަރވިސް )މޯލްޑިވްސް ( ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އެމް . ސެވަން ޕްރިންޓް ޕްރައިވެޓް ލިމިޓެޑަށް ދައްކަންޖެހޭ ފައިސާކަން މެގަ ގްލޯބަލް އެއަރސަރވިސް )މޯލްޑިވްސް ( ޕްރައިވެޓް ލިމިޓެޑްގެ ބަހުން އެނގެން އޮންނަކަމާއި، އަދި އެ ފައިސާއަކީ ދޭންޖެހޭ ފައިސާއެއްކަމަށް ބުނެ އެ ކަމަށް އެއްބަސްވެފައިވެއެވެ . ނަމަވެސް އެ އިންވޮއިސްގައި ބަޔާންކުރާ ގޮތުގެ މަތިން ހިސާބުކޮށްފައިވާ ޖޫރިމަނާގެ ފައިސާއާމެދު އެ ފަރާތުން އިންކާރުކޮށްފައިވެއެވެ . 14- ޖޫރިމަނާގެ ފައިސާ ނަގައިދިނުމާ ގުޅޭގޮތުން އިސްތިއުނާފުކުރާ ފަރާތުންޙވާލާދީފައިވ، ދިވެހިރާ އްޖޭގެ ސުޕްރީމް ކޯޓުގެ ޤަޟިއްޔާތަކުގައި، ޝަރުޠު ޖަޒާއީއާގުޅޭ ގޮތުން، ބަޔާންކޮށްފައިވާ އުޞޫލުތަކުން އެއްކޮށް ހިޖުރަކޮށް، ސާފު، އެއްގޮތް އުޞޫލުތަކަކަށް ޢަމަލުކުރަންޖެހޭކަމަށް ކަނޑައަޅައި، ޝަރުޠުޖަޒާއީ ނުވަތަ ޖޫރިމަނާގެ ފައިސާ ނެގުމާގުޅޭ އުޞޫލު، ދިވެހިރާއްޖޭގެ ސުޕްރީ ކޯޓުގެ ނަންބަރު 2020/SC-A/28 ޤަޟިއްޔާގެ އަޣްލަބިއްޔަތު ރައުޔުގައި ބަޔާންކޮށްފައިވެއެވެ. 15- އެހެންކަމުން، މިހާރު ޖޫރިމަނާ ފައިސާއާ ގުޅޭގޮތުން ޢަމަލުކުރެވެނީ ދިވެހިރާއްޖޭގެ ސުޕްރީ ކޯޓުގެ ނަންބަރު 2020/SC-A/28 ޤަޟިއްޔާގައި ކަނޑައަޅާފައިވާ ހަމަތަކަށެވެ . ޝަރުޠު ޖަޒާއީއާ ގުޅޭގޮތުން އެ ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުޞޫ ލުތަކުގެ ޚުލާޞާއަކީ، ޖަޒާއީ ޝަރުތެއްގެ ދަށުން ހޯދުމަށް އެދޭ ފައިސާގެ މިންވަރަކީ، އެއްބަސްވުމުގައި ޖޫރިމަނާ ނުވަތަ ޝަރުޠު ޖަޒާއީއާ ގުޅޭގޮތުން ހިމެނިފައިވާ މާއްދާއަކީ އެއްބަސްވުމާ ޚިލާފުވުމުގެ ސަބަބުން ލިބުނު ގެއްލުން ފޫބެއްދުމަށްޓަކައި ބޭނުންވާނެ މިންވަރުގެ އެކަށޭނަ އަންދާޒާއެއްތޯ )ލިކުއިޑޭޓެޑް ޑެމޭޖަސްގެ މާއްދާއެއްތޯ ( ނުވަތަ އެއީ އެއްބަސްވުމާ ޚިލާފުވާ ފަރާތަށް ޢުޤޫބާތެއް ކުރިމަތިކުރުމުގެ ގޮތުން ހިމަނާފައިވާ މާއްދާއެއްތޯ )ޕެނަލްޓީ ކްލޯޒްއެއްތޯ ( ބެލުމަށްފަހު، ޝަރުޠު ޖަޒާއީގެ ދަށުން ފައިސާ ނަގައި

6ޙަސަން ޢަލީމަނިކު ވ. އަޙްމަދު ޖަނާޙް

7ޙަސަން ޢަލީމަނިކު ވ. އަޙްމަދު ޖަނާޙް ދިނުމާމެދު ގޮތެއް ނިންމުމެވެ . އަދި މި ފަދައިން ބަލާބެލުމުގައި އެ ފައިސާ ނަގައިދެވޭނީ، އެ ފައިސާއަކީ އެއްބަސްވުމާ ޚިލާފުވުމުގެ ސަބަބުން ލިބުނު ގެއްލުން ފޫބެއްދުމަށްޓަކައި ބޭނުންވާނެ މިންވަރުގެ އެކަށޭނަ އަންދާޒާއެއް ކަމަށް ވާނަމައެވެ . އެއްބަސްވުމުގައި ހިމެނޭ މާއްދާއަކީ، ޕެނަލްޓީ ކްލޯޒްއެއްކަން ނުވަތަ ނޫންކަން ދެނެގަތުމުގައި ކޯޓުތަކުން ބަލައިގަނެފައިވާ މިންގަނޑުތަކެއް ދިވެހިރާއްޖޭގެ ސުޕްރީ ކޯޓުގެ ނަންބަރު 2020/SC-A/28 ޤަޟިއްޔާގައި ބަޔާންކޮށްފައިވެއެވެ . 16- އެމް . ސެވަން ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ސިވިލް ކޯޓުގައި ހޯދުމަށް ދަޢުވާކުރި ފައިސާއަކީ، މެގަ ގްލޯބަލް އެއަރސަރވިސް )މޯލްޑިވްސް ( ޕްރައިވެޓް ލިމިޓެޑު ނ އެހާތަނަށްހޯދާފައިވާ ޚިދުމަތްތަކަށް ދައްކަންޖެހޭ ނުދައްކާ ވާ 14,712.80ރ. )ސާދަހާސް ހަތްސަތޭކަބާރަރުފިޔާ އައްޑިހަ ލާރި ( އާއި، އެ ފައިސާ އިންވޮއިސްގައިވާ މުއްދަތުގައި ނުދެއްކުމުގެ ސަބަބުން 2018 އޮކްޓޫބަރު 22ވަނަ ދުވަހުގެ ނިޔަލަށް ޖޫރިމަނާގެ ގޮތުގައި އަރާފައިވާ 48,795.87ރ. )ސާޅީސް އަށްހާސް ހަތްސަތޭކަ ނުވަދިހަފަސްރުފިޔާ އ ށޑިހަ ހަތްލާރި ( އާ އެކު ޖުމްލަ 63,508.67ރ. )ފަސްދޮޅަސް ތިންހާސް ފަސްސަތޭކަ އަށް ރުފިޔާ ފަސްދޮޅަސްހަތެއް ލާރި ( ކަން އެނގެން އޮންނައިރު، އެމް . ސެވަން ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުންޖޫރިމަނގެގޮތުގައި ހޯދުމަށް އެދިފައިވާ ޢަދަދަކީ ފޯރުކޮށްދީފައިވާ ޚިދުމަތަށް ދައްކަންޖެހިފައިވާ ޢަދަދަށްވުރެ 3 )ތިނެއް ( ގުނައަށް ވުރެވެސް ބޮޑު ޢަދަދެއްކަން އެނގެއެވެ . އެހެން ކަމުން ޖޫރިމަނާގެ ގޮތުގައި ހިމެނިފައިވާ ޢަދަދަކީ ޕެނަލްޓީއެއްގެ ގޮތުގައި ނުވަތަ ޢުޤޫބާތެއްގެ ގޮތުގައި ބެލެވޭނެ ޢަދަދެއްގެ ގޮތުގައި ބެލުމުގެ ފުރުޞަތު އެބައޮތެވެ . 17- އިސްތިއުނާފުކުރާ، އެމް . ސެވަން ޕްރިންޓް ޕްރައިވެޓް ލިމިޓެޑގު ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި ދަޢުވާގައި، ހޯދުމަށް އެދިފައިވާ ފައިސާއާގުޅޭގޮތުން ނުވަތަ އެއް ފަރާތުން އަނެއް ފަރާތަށް ފޯރުކޮށްދިން ޚިދުމަތާ ގުޅޭގޮތުން ދެ ފަރާތުގެ ދެމެދުގައި ލިޔުމުން އެއްބަސްވުމެއް ވެފައިވާކަން އެނގެން ނެތެވެ . އިސްތިއުނާފީ މަރު ޙަ ލާގައި ބ ޙު ޘްކުރެވިފައިވާ ޖޫރިމަނާގެ ފައިސާއަކީ، އިސްތިއު ނާފުކުރާ ފަރާތުން އިސްތިއުނާފު ރައް ދުވާ ފަރާތަށް

8ޙަސަން ޢަލީމަނިކު ވ. އަޙްމަދު ޖަނާޙް ފޮނުވި އިންވޮއިސް ނަންބަރު / ސޭލްސް ރިސިޕްޓް 43972 ]ޓެކްސް އިންވޮއިސް [ ގައި ބަޔާންކޮށްފައިވާ ގޮތަށް، އެ އިންވޮއިސްގެ މައްޗަށް ބިނާކޮށް ހޯދުމަށް އެދިފައިވާ ޖޫރިމަނާ ފައިސާއެއްކަން އެނގެން އޮންނަ އިރު؛ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު A/52-A/13, 2021/SC-2019/SC ޤަޟިއްޔާގައި، ޝަރުޠު ޖަޒާއީ އާ ގުޅޭ މާއްދާއެއް ކޮންޓްރެކްޓެއްގައި ނޯންނަ ޙާލަތުގައި އެއް ބައިވެރިއަކު އަނެއް ބައިވެރިއަކަށް އަންގާ އެންގުމަކުން ނުވަތަ ފައިސާ ހޯދުމަށް ފޮނުވާ އިންވޮއިސްއެއްގައިވާ ފައިސާއެއް ނުދައްކައިފިނަމަ، ޖޫރިމަނާކުރެވޭނެ ކަމަށް ބަޔާންކޮށްފައި އޮވެ، އެ އެންގުން ނުވަތަ އެ އިންވޮއިސް ލިބި ހަނު ހުރުމަކުން ދެ ފަރާތެއްގެ ދެމެދުގައިވާ އެއްބަސްވުމަކަށް ބަދަލެއް އައުން ނުވަތަ އައު އެއްބަސްވުމެއް ވުޖޫދުވުން ކަމުގައި ނުވާނެ ކަމަށް ބަޔާންކޮށްފައިވެއެވެ . 18- އެހެންކަމުން، ޤާނޫނު ނަންބަރު 91/4 )ކޮންޓްރެކްޓާބެހޭ ޤާނޫނު(ގެ 5ވަނަ މާއްދާއާއި، އިންވޮއިސްގައި ބަޔާންކުރާ ޖޫރިމަނާ ފައިސާ ނަގައިދިނުމާ ގުޅޭގޮތުން، ދިވެހިރާ އްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2013/SC-A/27 ޤަޟިއްޔާއާއި، އަދި ސުޕްރީމްކޯޓުގެ ނަންބަރު 2014/SC-A/01 ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުޞޫލުތަކާ ޙަ ވާލާދީ، ސިވިލް ކޯޓުގެ ނަންބަރު 1120/Cv-C/2019 ޤަޟިއްޔާގައި ނިންމާފައިވާ ނިންމުން އިސްތިއުނާފު ކުރު މަށް، އެމް . ސެވަން ޕްރިންޓް ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން ފާހަގަކޮށްފައިވާ ކަންކަމުގެ މައްޗަށް ރިޢާޔަތް ކޮށް، އެ މައްސަލައިގެ ޙުކުމަށް ބަދަލު ގެންނަންޖެހޭ ފަދަ ޝަރުޢީ އަދި ޤާނޫނީ ސަބަބެއް އޮތްކަމަކަށް ނުފެނެއެވެ .  ޙުކުމް : ދެންފަހެ، އިސްވެ ފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު ކަންކަން އެގޮތުގެ މަތިން ހުރުމުން، ސިވިލް ކޯޓުގެ ނަންބަރު 1120/Cv-C/2019 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް، އެމް . ސެވަން ޕްރިންޓް

9ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/13, 2021/SC-A/52 ޤަޟިއްޔާގެ ފާހަގަކުރުވެނު ނުކުތާތަކުގެ 37.3 20 19 /HC-A/584 /~D / (. ~.,~,, ~ ..,~..,,, 0 ,~, .AJ,J1.A~ :i .A' J v .so.so v r .? A .1 > ./.r./ r .so-"'.1 "' "' "' ~0 D//Dt 0(// ,, '* ;,., t.t.t.O/ ;,., "' 0/ ;, 0 '" 0~ 0 ' J c.A~./ -"r' ,11.A~:i"' .? ' A..J-A"'"'"' t.rv "' .?".?V.JO/' .A OPOP,_., rr:i .-:'-"'~ ./crrrJ .?.reP .?'.?.?./"./" "' "' + + "' oxo;,;, .,;,(:J • .J'.?.J.?"V_?V./,' ' f.-J}.so~.A Jr_,.<,n'" :J ~ t.r.J"' J./.?c.?' ;, "' ,?OP' AJEVA./"' + .,.., "' "' "' "' "' "' ~0~~ _,, #O ; _,.<V_?V./, A/• ,11.A~J .? , ; ., , ~" ,, ~,,. ,.., ,, )_,.:,~z_" !)o~ J~t.r; ,11.A_,.< V (:! /'.A,_.,./, OP.A-"J~ + "' "' .so,.,., ,_., ,.,..~ ) "' • > :>:>:>'Ill> :>~ ""' '""'~ '

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

ޝަރީޢަތުގެ ވީޑިއޯ

މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.

ޝެއަރ ކުރައްވާ