ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
2019/HC-A/75

ސްޕީޑް ލިންކް ގްލޯބަލް ޕްރައިވެޓް ލިމިޓެޑް ވ. ޖަވާޒް ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި
ސުޕްރީމް ކޯޓަށް އިސްތިއުނާފުކޮށްފައި ނުވޭ · ރަޖިސްޓްރީ ބެލީ 15 އޮކްޓޫބަރު 2026ޙުކުމުގެ ހާލަތު
ހައިކޯޓު · 16 ނޮވެމްބަރު 2021ދަށު ކޯޓު: ސިވިލް ކޯޓު 2979/Cv-C/2017ބާވަތް: މަދަނީ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
ސިވިލް ކޯޓު 2979/Cv-C/2017
ފަހުގެ ތާރީޚު
ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް

ކޯ ޓާމްސް

ޚުލާޞާ

ކޯޓުން ނިންމަން ޖެހުނު ސުވާލު
ކުރެޑިޓަށް މުދާ ދޫކުރުމުގެ އެއްބަސްވުމެއްގެ ދަށުން، އިންވޮއިސް ރައްދުކުރިކަން ސާބިތުނުވާއިރު ލަސްވުމުގެ ޖޫރިމަނާ ނަގައިދެވޭތޯއާއި، ޤާނޫނީ ވަކީލު ފީ ނަގައިދެވޭތޯއާއި، ދަށުކޯޓަށް ހުށަނާޅާ ހެއްކެއް ހައިކޯޓުގައި ބަލައިގަނެވޭތޯއާއި، ފައިސާގެ ޢަދަދު ހިސާބުކުރުމުގައި އޮޅުމެއް އޮތްތޯ.

ނިންމުން

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި

އިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ޙުކުމް ޤާއިމް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

HN1 ޝަރީޢަތަށް ހުށަހެޅޭ ދަޢުވާއެއް ސާބިތުކުރުމުގެ ބުރަ ޢާއްމު އުޞޫލެއްގެ ގޮތުން އުފުލަންޖެހޭނީ ދަޢުވާކުރާ ފަރާތެވެ. ކަމެއް ސާބިތުކުރުމަށް ބޭނުންވާ ކަންކަން ހާމަކުރުމާއި ހެކިތައް ހުށަހެޅުމުގެ ޒިންމާ އޮންނަނީ އެކަން ސާބިތުކުރަން އެދޭ ފަރާތުގެ މައްޗަށެވެ.

HN2 ހެކި ހާމަކުރުމުގެ ފުރުސަތު ލިބި އޮއްވާ އެ ފުރުސަތުގެ ބޭނުން ނުހިފައި ދަށުކޯޓަށް ހުށަނާޅާ ހެއްކެއް އިސްތިއުނާފީ މަރުޙަލާގައި ހުށަހަޅަން ފުރުސަތު ނުދެވޭނެއެވެ. އިސްތިސްނާ ބައެއް ޙާލަތްތައް ފިޔަވައި، އިސްތިއުނާފީ މަރުޙަލާގައި މައްސަލަ ބަލަންޖެހެނީ ދަށުކޯޓަށް ހުށަހެޅުނު ދިފާޢުތަކާއި ހެކިތައް އަސާސްކޮށްގެންނެވެ؛ ދަށުކޯޓުގައި ނުދައްކާ ވާހަކައަކަށް ނުވަތަ ހުށަނާޅާ ހެއްކަކަށް ބިނާކޮށް ހައިކޯޓުގައި ވާހަކަދެއްކުމުގެ ފުރުސަތު ނުދެވޭނެއެވެ.

HN3 އިންވޮއިސް ރައްދުކުރިކަމާއި ރައްދުކުރި ތާރީޚު ސާބިތުނުވާނަމަ، އިންވޮއިސް ކުރާ ދުވަހަށް ބަލައިގެން ހިސާބުކުރަންޖެހޭ ލަސްވުމުގެ ޖޫރިމަނާ ހިސާބުކުރެވޭނެ ހަމައެއް ނެތުމުން، އެ ޖޫރިމަނާ ނަގައިނުދިނުމަށް ދަށުކޯޓުން ނިންމި ނިންމުމަށް ބަދަލު ގެނައުމަށް ސަބަބެއް ނެތެވެ.

HN4 ސުޕްރީމް ކޯޓުގެ ޙަސަން ޢަލިމަނިކު ވ. އަޙްމަދު ޖަނާޙް (2021 SC 50) ގައި ޝަރުތު ޖަޒާއީއާ ގުޅޭ ގޮތުން ކަނޑައަޅާފައިވާ އުޞޫލުތައް ތަޠުބީޤުކުރާއިރު، އެއްބަސްވުމުގައި ހިމަނާފައިވާ ގޮތާއި މިންވަރަށް ބަލާއިރު ފަރާތަކަށް ޢުޤޫބާތެއް ކުރިމަތިކުރުވުމުގެ ގޮތުން ހިމަނާފައިވާ ޖޫރިމަނާއެއް ނަގައިދެވޭނެ ފައިސާއެއް ނޫނެވެ.

HN5 ޤާނޫނީ ވަކީލު ފީ ޝަރީޢަތް މެދުވެރިކޮށް ނަގައިދެވޭނީ ހައިކޯޓުގެ 2018/HC-A/47 ގައި ބުނާ ޝަރުތުތައް ފުރިހަމަވާނަމައެވެ؛ ވަކީލާއި މުވައްކިލާ ދެމެދު އެއްބަސްވުމާއި، ފީ ދެއްކިކަމުގެ ލިޔުމާއި، ޙާޟިރުވި ފަރާތަކީ ޤާނޫނީ ވަކީލެއްކަން އެނގޭ ލިޔުން ފަދަ ލިޔުންތައް ކޯޓާ ޙިއްސާނުކުރާނަމަ، ކޯޓާ ޙިއްސާނުކުރާ ލިޔުމަކަށް ކޯޓުން ރިޢާޔަތްކުރާނެ ގޮތެއް ނެތެވެ.

HN6 ދަޢުވާއެއް ސާބިތުކުރުމަށް ބޭނުންވާ ލިޔުންތައް އެއްކުރުމަކީ ކޯޓުގެ ޒިންމާއެއް ނޫނެވެ؛ އެއީ ކަމެއް ސާބިތުކުރުމަށް ހުށަހަޅާ ފަރާތުގެ މައްޗަށް އޮންނަ ޒިންމާއެކެވެ.

HN7 ދަށުކޯޓުން ދައްކަންޖެހޭ ޢަދަދު ކަނޑައަޅާފައިވަނީ އިންވޮއިސްތަކަށް ބުރަދަނެއް ދީގެން ނޫން، ހުށަހެޅި ޗެކުތަކަށް ބިނާކޮށްނަމަ، ވަކި އިންވޮއިސްއެއްގެ ޢަދަދު ޙުކުމުގައި ނުހިމެނުމަކީ ހައިކޯޓުން ރަނގަޅުކުރަންޖެހޭ ހިސާބުގެ އޮޅުމެއް ނޫނެވެ.

ވަކީލުންނާއި ފަނޑިޔާރުން

ވަކީލުން
—
ބެންޗު
ޢަލީ ސަމީރު، މުޙައްމަދު ފައިޞަލް، ޙުސައިން ޝަހީދު
ރިޔާސަތު
—
ރައުޔު ލިޔުނު ފަނޑިޔާރު
ޢަލީ ސަމީރު · ތާއީދުކުރެއްވީ: މުޙައްމަދު ފައިޞަލް، ޙުސައިން ޝަހީދު
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.

1"ކުރެޑިޓަށް މުދާ ދޫކުރުމުގެ އެއްބަސްވުން" މި ނަމުގައި، ކުރެޑިޓް އުސ ލުން މުދާ ގަނެ ވިއްކުމާއޫ ގުޅްގޮތުނ ސްޕީޑްލިންކ ގްލޯބަލް ޕްރައިވެޓް ލިމިޓެޑާއި ޖަވާޒް ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއި ދެމެދު 11 ފެބުރުއަރީ 2017 މި ތާރީޚުގައި އެއްބަސްވުމެއް ވެވުނެވެ.

2ބުނެވުނު އެއްބަސްވުމުގެ؛ - 2 ވަނަ މާއްދާގައި ބުނަނީ "މިއެއްބަސްވުމުގެ ދަށުން ވިއްކް ލެވޭ މުދަލުގެ ކްރެޑިޓް މުއްދަތަކީ މުދަލުގެ އިންވޮއިސް ކުރާ ދުވަހުން ފެށިގެން 45 ދުވަހެވެ. )މީގެ ފަހުން"ކްރެޑިޓް މުއްދަތު"(. ކެރެޑިޓ މުއްދަތް ހަމަވުމުގެ ކުރިން އެ މުއްދަތުގައި ގަނެފައިވާ އެންމެހައި މުދަލެއްގެ އަގު، އަރާފައިވާ ޖުމްލަ އަގަށް ބެލުމެއްނެތި ދއްކުމަށ ގަންނަފަރާތުން އެއްބަސްވެއެވެ." - 5 ވަނަ މާއްދާގައި ބުނަނީ " މި އެއްބަސްވުމުގެ ދަށުން ގަންނަ ފަރާތުން ފޮނުވާ ކޮންމެ ޕާރޗޭޒް އޯޑަރަކާއިއެކު، އ ޕާރޗޭޒް އޯޑަރުގެ ޖުމްލަ އަގަށްވާ ވަރަށް 45 ދުވަހުގެ ޑޭޓެޑް ޗެކެއް ގަންނަ ފަރާތުން ވިއްކާ ފަރާތަށް ދޭންވާނެއެވެ. އަދ މި އެއްބަސްވުމުގ 2 ވަނަ މާއްދާގައި ބަޔާންވެފައިވާ މުއްދަތުގައި ފައިސާ ނުދައްކައިފިނަމަ، އިސްވެ މި ދެންނެވުނު ޗެކް ބޭންކަށް ހުށަހެޅުމުގެ އިޚްތިޔާރު ވިއްކާ ފަރާތަށް ލިބިގެންވެއެވެ." - 06 ވަނަ މާއްދާގައި ބުނަނީ "މި އެއްބަސްވުމުގެ 2 ވަނަ މާއްދާގައި ބަޔާންކޮށްފައިވ މުއްދަތުގައި ފައިސާ ނުދެއްކިއްޖެނަމަ، އިތުރަށް ހިނގާ ކޮންމެ ދުވަހަކަށް ދައްކަންޖެހިފައިވާ ޖުމްލަ ޢަދަދުގެ %0.5 ގަންނަ ފަރާތުން ވިއްކާ ފަރާތަށް ދޭން އެއްބަސްވެއެވެ. - 13 ވަނަ މާއްދާގައި ބުނަނީ" މި އެއްބަސްވުމުގެ ދަށުން ގަންނަ ފަރާތަށް ވިއްކާ މުދަލުގެ އަގު ހޯދުމަށް ޝަރީޢަތަށް ދާން ޖެހިއްޖެނަމަ، އެކަމަށް ހިނގާނެ އެންމެހާ ޚަރަދެއްގެ ޒިންމާ )ޤާނޫނީ ވަކީލުންގެ ފީ އާއެކު( ނެގުމަށް ގަންނަ ފަރާތުނ އެއްބަސްވެއެވެ."

3ސްޕީޑްލިންކް ގްލޯބަލް ޕްރައިވެޓް ލިމިޓެޑުންޖަވާޒް ކޮންސްޓްރަކްޝަން ކ މްޕެނި ޕްރައިވެޓް ލިމިޓެޑށަ ރައްދުވާގޮތަށ ސިވިލް ކޯޓުގައި އުފުލާފައިވާ ދަޢުވާ އަކީ، މި ދެފަރާތުގެ ދެމެދުގައި 11 ފެބުރުއަރީ 2017 މި ތާރީޚުގައި ވެފައިވާ ބުނެވުނު އެއްބަސްވުމުގެ ދަށުން ޖަވާޒް ކޮންސްޓްރަކްޝަން ކޮމްޕެނީޕްރައިވެޓް ލިމިޓެޑަށް ކުރެޑިޓަށް މުދާ ދކުރެވިފައިވާއިރު، އެއްބަސްވުމުގ 02 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން މުދަލުގެ އިންވޮއިސްކުރިތ 45 ދެވަސ ވީއިރުވެސް މުދަލުގެ އަގު ލިބިފައިނުވކަމަށް ބުނާ އަދި އެއްބަސްވުމުގެ 05 ވަނަ މާއްދާގައި ބުނާ ގޮތުގެ މަތީން ޖަވާޒް ކޮންސްޓްރަކްޝަންކޮމްޕެ ނ ޕްރައިވެޓް ލިމިޓެޑުން ގެރެންޓީގެ ގޮތުގައެ ދިން ޗެކުތައް ބޭންކަށް ހުށަހެޅުމުން ޗެކްތަކަށްވެސ ފައިސް ލިބިފައި ނުވާކަމާ ށ ބުނިމުދަލުގެ އަގަށްވ ފައިސާއާއި، އެއްބަސްވުމުގައވ ގޮތަށް ފައިސާ ނުދެއްކުމުގެ ސަބަބުން އިންވޮއިސްގެ ޖުމްލަ ޢަދަދުގެ %0.5 އިންސައްތަ އަށްވާ ފައިސާ އާއި، އެއްބަސްވުމުގ 13 ވަނަ މާއްދާގައިވާ ގޮތުގެ މަތީން ވަކީލު ފީ ހިމެނޭ ގޮތަށް ފައިސާ ހދުމަށ ހުށަހެޅް ދަޢުވާއެކެވެ.

4މި ދަޢުވާގެ ޖަވާބުގައި، ޖަވާޒް ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ސިވިލް ކޯޓުގައި ބުނެފައިވަނީ، 11 ފެބުރުއަރީ 2017 ގެ އެއްބަސްވުމުގެ ދަށުން މުދަލަށް އެދް ޕާޗޭސް އޯޑަރާއް އެކު ޑޭޓެޑ ޗެކްތަކެއްއެ ކުންފުނިން ސްޕީޑލިންކ ގްލޯބަލް ޕްރައިވެޓް ލިމިޓެޑަށް ދީފައިވާނެކަމަށާއި އެހެންނަމަވެސް އެއްބަސްވިގޮތަށްމުދާ ލިބިފައި ނެތްކަމަށާއި މިހެންކަމުނި ޗެކުތަކަށް ފައް ސ ލިބޭނެ ގޮތް ފަހި ކޮށްދީފައ ނުވާނެކަމަށެވެ. އަދި މުދައު ނުލިބޭ ޙާލަތުގައި އެ މުދަލެއްގެ އަގު ދައްކަންޖެހޭނެ ޝަރުޢީ އަދި ޤާނޫނީ ހަމައެއް އޮތްކަމަށް ޤަބޫލު ނުކުރާކަމަށެވެ.

ސިވިލކޯޓް ނ މައްސަލަ ނިންމި ގޮތް

5ސްޕީޑް ލިންކް ގްލޯބަލް ޕްރައިވެޓް ލިމިޓެޑުން ހޯދުމަށްއެދި ހުށަހެޅި، މުދަލުގެ އަގާއި ގުޅޭގޮތުން ސިވިލް ކޯޓުގެ ޙުކުމްގައި ކަނޑައަޅާފައިވަނީ؛ - ސްޕީޑްލިންކ ގްލޯބަލް ޕްރައިވެޓް ލިމިޓޑުނެ ޖަވާޒް ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓޑަށެ ފޯރުކޮށްދފައިވާ މުދަލުގެ އަގުގެ ގޮތުގައީ ހޯދުމަށް އެދޭކަމަށް ބުނެ ސްޕީޑްލިންކ ގްލޯބަލް ޕްރައިވެޓް ލިމިޓެޑނު ބުނާ ފައިސާގެ ތެރެއިން ޖަވާޒް ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން އަދާކުރަންޖެހި އަދާނުކޮށްވާ ފައިސާގެ ޢަދަދަކީ 118,098/85 ރ. )އެއްލައްކަ އަށާރަހާސް ނުވަދިހަ އަށްރުފިޔާ އަށްޑަހަ ފަސްލާރި( ކަނި މަދަނީ މިންގަނޑުތަކުން ޝަރީޢްތަށް ޘާބިތުވާތީ އެ މިންވަރަކީ ސްޕީޑލިންކް ގްލޯބަލްޕްރައިވެޓް ލިމިޓެޑަށް ޖަވާޒް ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ދައްކަންޖެހޭ ފައިސާކަމުގައެވެ.

6ސްޕީޑް ލިންކް ގްލޯބަލް ޕްރައިވެޓް ލިމިޓެޑުން ހޯދުމަށް ހުށަހެޅި އިންވޮއިސްގެ ޖުމްލަ ޢަދަދުގެ %0.5 އިންސައްތަ އަށްވާޖޫރިމަނާ ފައިސާއާ ގުޅޭ ގޮތުން ސިވިލް ކޯޓުން ކަނޑައަޅާފައިވަނީ؛ - ސްޕީޑް ލިންކް ގްލޯބަލުޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ހުށަހެޅި އިންވޮއިސްތަކުގައިވާ ޖުމްލަ ފައިސާގެ ޢަދަދާއި، ޕާޗޭސް އޯޑަރްތަކުގައިވާ ޖުމްލަ ފައިސާގެ ޢަދަދުކަމުގައި ޝަރީޢަތުން ބަލަންޖެހޭ ފައިސާގައި ފަރަޤު ހުރުމުގެ އިތުރުން، ސްޕީޑލިންކް ގްލޯބަލެޕްރައިވެޓ ލިމިޓެޑުން ހުށަހެޅް އެއްވެސް އިންވޮއިސްއެއްގައި އެފަރާތުން އއިންވޮއިސ ޖަވާޒް ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް ރައްދުކޮށްފައިވާކަން އަދި ރައްދުކުރި ތާރީޚެއްވެސް އެނގެނނެތުމާއް،އިންވޮއިސް ލިބުނުކަމަށް ޖަވާޒް ކޮންސްޓްރްކަޝަނ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން އިންކާރު ކުރާތީ، އިންވޮއިސް ރައްދުކުރި ތާރީޚުން ފެށިގެން އެއްބަސްވުމުގ 2 ވަނަ މާއްދާގައި ބުނަ 45 ދުވަސް އުނިކޮށް އެއްބަސްވުމުގެ 6 ވަން މާއްދާގެ ދަށުން ހިސާބުކުރަންޖެހޭ ފައިސާއެއް ހިސާބު ކުރެވޭނެ ހަމައެއް ނެތަތީ، ޖޫރިމަނާގެ ފައިސާ ޝަރީޢަތުން ނަގައިދެވެންނެތްކަމުގައެވެ.

7ސްޕީޑް ލިންކް ގްލޯބަލް ޕްރައިވެޓް ލިމިޓެޑުން ހޯދުމަށް އެދުނު ވަކީލް ފީ އާ ގުޅޭ ގޮތުން ސިވިލް ކޯޓުނ ކަނޑައަޅާފައިވަނީ؛ - ޤާނޫނީ ވަކީލު ފީ ޝަރީޢަތް މެދުވެރިކޮށް ނަގައިދެވޭނީ ހަމައެކަނި ޤާނޫނީ ވަކީލު ކަމުގެ ހުއްދަ ލިބިފައިވާ ވަކީލުންނަށްކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރ 2018/HC-A/47 ޤަޟިއްޔާގައި ކަނޑައަޅާފައިވކަމަށާއި، މި މައްސަލައިގައި ވަކީލު ފގީ ގޮތުގައި ނަގައިދްނުމަށ އެދް ފައިސާގެ ޢަދަދަކި ދައްކާ ޚަލާސްކޮށްފައިވާ ފައިސާއެއްކަމާއު ވަކީލުފި އަށް އެދުނު ޚަޞްމުގެ ފަރާތނ ޝަރީޢަތަށް ޙާޟިރުވެ ފަރާތަކްޤާނޫނީ ވަކީލުކަމުގެ ހުއްދަ ލިބިފައިވާ ފަރާތެއްކަން އެނގެން ނެތުމުގެ އިތުރުނެ އެ ފަރާތުން ކޯޓަށް ސިވިލް ކޯޓުގެ ނަންބަރު 2979/Cv-C/2017 ޤަޟިއްޔާ ނިމުނުގޮތުގެ ރިޕޯޓުގެ 4 ގެ )ބ( ޙާޟިރުވެފައިވަނީ ޤާނޫނީ ވަކީލެއްގެ ޙައިޘިއްޔަތުން ކަމަށް ނުވާތީ،މި މައްސަލައިގައް ސްޕީޑލިންކ ގްލޯބަލް ޕރައިވެޓ ލިމިޓެޑުން އެދިފައިވްފަދއިނަ ވަކީލުފއެއް ނަގައިދެވެންނެތްކަމުގައެވެ. އިސްތިއުނާފީ ނުކުތާތައް އަދި ތަފްޞީލުގައި ދެއްކި ވާހަކަތައް

8ސިވިލް ކޯޓު ގެ ނަންބަރ 2979/Cv-C/2017 ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ އަދި ޤާނޫނ ހަމަތަކާއެއްގޮތް ނުވާކަމަށްބުނ އ މައްސަލަ އިސްތިއުނާފު ކޮށްދިނުން އެދިސްޕީޑްލިންކ ގްލޯބަލް ޕްރައިވެޓް ލިމިޓެޑްގާފަރާތުން ހުށަހަޅާފައިވާ ނުކުތާތަކަކީ:

8.1 ސިވިލް ކޯޓުގެ ނަންބަރު 2979/Cv-C/2017 ޤަޟިއްޔާގައި އެއްބަސްވުމުގެ 2 ވަނަ މާއްދާގައި ބުނީ 45 ދުވަސް އުނިކޮށް އެއްބަސްވުމުގެ 6 ވަނަ މާއްދާގެ ދަށުން ހިސާބުކުރާނެ ހަމައެއް ނެތްކަމަށް ނިންމަވާފައިވަނީ ޤާނޫނު ނަންބަރ 2010/13 )ދިވެހިރާއްޖޭގ ފަނޑިޔާރުންގެ ޤާނޫނު( ގެ 5 ވަނަ މާއްދާގެ 1 ވަނަ ނަންބަރާއި ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާއާއި،

8.2 ސިވިލް ކޯޓުގެ ނަންބަރު 2979/Cv-C/2017 ޤަޟިއްޔގައާ ޤާނޫނި ވަކީލުގެ ފ ނަގައިނުދިނުމަށް ނިންމަވާ ފާހަގަކޮށްފައިވާ ކަންކަމުގައި، މައްސަލައިގައް ޝަރީޢަތަށް ޙާޟިރުވި ފަރާތަކީ ޤާނޫނީ ވަކީލެއްގެ ޙައިޘިއްޔަތުން މަސައްކަތްކުރުމުގެ ހުއްދަނެތި ފަރާތެއްކަމަށް ކަނޑައަޅާފައިވަނީ، ޤާނޫނު ނަންބަރު 2010/13 )ދިވެހިރާއްޖޭގ ފަނޑިޔާރުންގެ ޤާނޫނު( ގެ 5 ވަނަ މާއްދާގެ )ށ( ގ 1 ވަނަ ނަންބަރާއި ޚިލާފަށް ކަމަށްބުނެ ހުށަހެޅި ނުކުތާއެވެ. ސިވިލް ކޯޓުގެ ނަންބަރު 2979/Cv-C/2017 ޤަޟިއްޔާ ނިމުނުގޮތުގެ ރިޕޯޓުގެ 4 ގެ )ޅ(

9ސްޕީޑް ލިންކް ގްލޯބަލް ޕްރައިވެޓް ލިމިޓެޑުން ހުށަހެޅި އިސްތިއުނާފީ ނުކުތާތަކުގެ ތެރެއިން ފުރަތަމަ ނުކުތާގެ ތަފްޞީލުގައި ދެއްކި ވާހަކަތަކުގައި ބުނެފައިވާ މައިގަނޑު ވާހަކައަކީ، މި މައްސަލައިގައި އެ ކުންފުނިން ޙވާލާދަ އިންވޮއިސްތައް ރައްދުކުރިކަން އަދި ރައްދެކުރު ތާރީޚެއް އްއިންވޮއިސް ތަކަށްބެލުމުން އެނގެނނެތްކަމަށ ސިވިލް ކޯޓުން މައްސަލަ ނިންމުމުގައި ފާހަގަ ކޮށްފައިވީނަމަވެސް،ބުނެވުނު އިންވޮއިސް ތަކަކީ އްމެއިލްގެ ޒަރީޢާއިން ފޮނުވިފައިވާ އިންވޮއިސްތަކއ ކަމަށާއި، އެއިންވޮއިސްތަކާއިއެކު ފޮނުވި އމެއިލްއަށ ޖަވާޒް ކޮންސްޓްރްކަޝަނ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑނު ޖަވާބުދާރީ ވެފައިވާކަން އެނގެން އޮންނަކަމަށާއި، މީގެ އިތުރުން ޖޫރިމަނާގެ ބޭނުމަށް އިންވޮއިސްގެ ފެށޭ މުއްދަތު ގުނަނީޖެހް ންއިންވޮއިސް ކުރާ ދުވަހަށް ކަމަށާއި، އިންވޮއިސް ރައްދުކުރާ ތާރީޚުން ނޫންކަން މި ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގެ 2 ވަނަ މއްދާއަށ ބެލުމުން އެނގެން އޮންނަކަމަށެވެ.

10ސްޕީޑްލިންކ ގްލޯބަލް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ހުށަހެޅި އިސްތިއުނާފީ ނުކުތާތަކުގެ ތެރެއިން ދެވަނަ ނުކުތާގެ ތަފްޞީލުގައި ދެއްކި ވާހަކަތަކުގައި ބުނެފައިވާ މައިގަނޑު ވާހަކައަކީ، ވަކީލު ފީ ނަގައިދިނުމާއި ގުޅޭ ގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރ 2018/HC-A/47 ޤަޟިއްޔާގައި ބުނި ޝަރުތުތައް މި މައްސަލައިގައި ހިމެނޭ ކަންކަމުގައެ ފުރިހަމަވެފައިވާ ކަމަށާއި، މި ގޮތުން ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގ 13 ވަނަ މާއްދާގައި ވަކީލު ފީ އާ ގުޅޭ މާއްދާއެއް އޮތްއިރު، ޤާނޫނީ ވަކީލި ފީ ދެއްކިކަން އެނގޭ ލިޔުން އޮތް ކަމަށާއި، ކޯޓުން އެ ލިޔުން އޮތްކަން ސާފުކޮށްފައި ނެތުމުން ހުށަހެޅިފައި ނުވަނީކަމަށާއ، އަދި ސިވިލް ކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް މި މައްސަލައިގައި ޙާޟިރުވި ނ.ވެލިދޫ/މުގުރިގޭ އަޙީ މަދު ވިސާމް އަކީ 08 އެޕްރީލް 2018 ދުވަހު ދިވެހރާއްޖޭގި ޤާނޫނެ ވަކީލެއްގެ ޙައިސިއްޔަތުން ވަކާލާތު ކުރުމުގެ ހުއްދި އޮތް ފަރާތެއްކަމަށެވެ.

11ބުނެވުނު ދެ ނުކުތާގެ އިތުރުން މި މައްސަލައިގައި ސްޕީޑް ލިންކް ގްލޯބަލި ޕްރައިވެޓް ލިމިޓެޑުގެ ފަރާތުނ މި ކޯޓުގައި ދެއްކި ވާހަކަތަކުގައ އިތުރަށް ބުނެފައިވަނީ، ސިވިލް ކޯޓުން މި މައްސަލައިގައި އިންވޮއިސްތަކުގެ ހިސާބު ކުރުމުގައި އޮޅުން އަރާފައި އޮތްކަމަށް ދެކޭކަމަށެވެ. އަދ ބުނެވުނު އޮޅުން ހައިކޯޓުގެ މި މަރުޙަލާގެ ތެރެއިން ރަނގަޅު ކުރެވެން އޮތްނަމަ އެކަން ކުރުމަށް ނުވަތަ އެކަން އިސްލާޙުކުރުމަށް ސިވިލް ކޯޓަށް އަންގައި އެ ކޯޓަށް މައްސަލަ ފޮނުވައިދިނުމަށް އެދޭކަމަށެވެ.

އިސްތިއުނާފީ ނުކުތާތަކުގެ ރައްދު

12ސްޕީޑްލިންކ ގްލޯބަލް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ހުށަހެޅި އިސްތިއުނާފީ ނުކުތާތަކުގެ ރައްދުގައި، ޖަވާޒް ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ފާހަގަ ކުރް މައިގަނޑު ކަމަކީ، އެކުންފުނިނ ސިވިލް ކޯޓުގައިވެސް ފާހަގކުރަ ނުކުތާކަމުގައިވާ، މި މައްސަލައިގައި ޙަވާލާދޭ މުދަލަކީ، އެ ކުންފުންޏަށް ލިބިފައިނެތް މުދާ ކަމަށް ބުނެފައިވާ ބުނުމެވެ. މީގެ އިތުރުން އިންވޮއިސްތަކަކީ، އީމެއިލްގެ ޒަރީޢާއިންވެސ ލިބިފައިނެތް އިންވޮއިސްތަކެއްކަމަށީ ވެސް ޖަވާޒް ކޮންސްޓްރަކްޝަނި ކޮމްޕެނި ޕްރައިވެޓް ލިމިޓެޑުން މ ކޯޓުގައި ބުނެފައިވެއެވެ. އަދި އިންވޮއިސް ހިސާބުކުރުމުގައި ދަށު ކޯޓަށް އަރާފައިވާ އޮޅުމާއ ގުޅި ގޮތުން ސްޕީޑްލިންކ ގްލޯބަލް ޕްރައިވެޓް ލިމިޓެޑުން ދެއްކި ވާހަކަތަކާއިމެދު ބުނެފައިވަނީ އެ އޮޅުން ރަނގަޅު ކުރިޔަސް އެންމެ ރަނގަޅުކަމަށެވެ. ދަޢުވާ ސާބިތުކުރުމަށް ސްޕީޑްލިންކް ގްލޯބަލް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ސިވިލް ކޯޓަށް ހުށަހަޅާފައިވާ ހެކިތައް

13ސްޕީޑްލިންކ ގްލޯބަލް ޕްރައިވެޓް ލިމިޓެޑުން ސިވިލް ކޯޓަށް ހުށަހެޅި ދަޢުވާގެ މައިގަނޑު ބިނާއަކީ، މ މައްސަލައިގައް ޙަވާލާދެވްއެއްބަސްވުމެއްގެ ދަށުން ސްޕީޑްލިންކ ގްލޯބަލް ޕްރައިވެޓް ލިމިޓެޑުން ޖަވާޒް ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް ކްރެޑިޓަށް ފޯރުކޮށްދިން މުދަލުގެ އަގު ދައްކާފައި ނުވާތީ، މުދަލުގެ އަގު ހޯދުންކަނ އެނގެން އޮންނައިރު، އެއްބަސްވުމުގައި ބުނާގޮތަށް މި މުދާތައް ލިބުނުކަމަށް ޖަވާޒް ކޮންސްޓީ ރަކްޝަނެކޮމްޕެނި ޕްރައިވެޓް ލިމިޓެޑުން ސިވިލް ކޯޓުގައި އިންކާރު ކޮށްފައިވާކަން އްނގެއެވެ. އަދ ސްޕީޑލިންކ ގްލޯބަލް ޕްރައިވެޓް ލިމިޓެޑުން ރައްދުކުރިކަމަށް ބުނާ އެއްވެސް އިންވޮއިސްއެއް ޖަވާޒް ކޮންސްޓްރަކްޝަންކޮމްޕެނ ޕްރައިވެޓް ލިމިޓެޑށަ ލިބުނުކަމަށް ޖަވާޒް ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން އިންކާރު ކުރެއެވެ.

14ސްޕީޑްލިންކ ގްލޯބަލް ޕްރައިވެޓް ލިމިޓެޑުން ހުށަހެޅި ދަޢުވާއަށް ޖަވާޒް ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމްޓެޑުން އިންކާރުކޮށްފައިވާތި ދަޢުވާ ސާބިތު ކުރުމަށް ސްޕީޑްލިންކް ގްލބަލ ޕްރައިވެޓް ލިމިޓެޑުން ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައިގަނޑު އެއް ހެއްކަކީ، އެ ކުންފުނިން ޖަވާޒް ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް ފޮނުވިކަމަށް ބުނާ 4 އިންވޮއިސްއެވެ. އެ އިންވޮއިސް ތަކާއި އިންވޮއިސގައް އޮތް ތާރީޚާއި އިންވޮއިސްތަކުގައި ހިމެނޭ ފައިސާގެ ޢަދަދަކީ؛ - 12 ފެބުރުއަރީ 2017 މި ތާރީޚުގައި އޮންނަ INV/17/009 އިންވޮއިސް )280,609.08 ރުފިޔާ( - 14 ފެބުރުއަރީ 2017 މި ތާރީޚުގައި އޮންނަ INV/17/010 އިންވޮއިސް 416,131.30) ރުފިޔާ ( - 22 ފެބުރުއަރީ 2017 މި ތާރީޚުގައި އޮންނަ INV/17/011 އިންވޮއިސް )227,476.00 ރުފިޔާ( - 26 ފެބުރުއަރީ 2017 މި ތާރީޚުގައި އޮންނަ INV/17/15 އިންވޮއިސް )37,524.00 ރުފިޔާ( މިއެވެ.

15ބުނެވުނު އިންވޮއިސްތަކުގެ އިތުރަށް، ޖަވާޒް ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ފޮނުވިކަމަށް ބުނީ 5 ޕާޗޭސް އޯޑަރު )އޯޑަރު ނަންބަރު 2302 އިން ފެށިގެން 2305 ( އާއި، ނަލަހިޔާ ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑގު ނަމުގައި އޮތ 07 ޑެލިވަރީ ނޯޓު )ނަލަހިޔާ ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑެ )ތިލަފުށި ސައިޓް( ގ ނަންބަރު 6789,6833,6817 އަދި ނަލަހިޔާ ޓްރޭޑިނ ޕްރައިވެޓް ލިމިޓެޑް )ކޮންޑެކޮރ( ގެ ނަންބަރު THCEM/SD/17/215, JLS/SD/17/272, THI/SD/17/192, JLS/SD/17/280)( އިއާޖަވާޒް ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ސްޕީޑްލިންކ ގްލޯބަލް ޕްރައިވެޓް ލިމިޓެޑަށް ފޮނުވާފއިވަ 3 ޗެކް )ނަންބަރު MVR0000258,MVR0000261,MVR0000262( އާއި،މި ޗެކްތަކުގައިވާ ފައިސާ ހޯދުމަށް ޖަވާޒް ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް ސްޕީޑްލިންކް ގްލޯބަލް ޕްރައިވެޓް ލިމިޓެޑނު 06 ޖޫން 2017 ގައި ފޮނުވާފައިވާ ސިޓީ އާއް މި ލިޔުންތއްވެސ ސިވިލް ކޯޓަށް ހުށަހަޅާފައިވެއެވެ. މީގެ އިތުރުން އެއްބަސްވުމުގައި ބުނާ ގޮތަށްމުދާ ޑެލިވަރކުރިކަން ސާބިތުކުރުމަށްޓަކައި ކަމަށް ބުނެ ސްޕީޑލިންކ ގްލޯބަލް ޕްރައިވެޓް ލިމިޓެޑުން ހެއްކެއްގެ ގޮތުގައި ޙާޟިރުކޮށްދޭން އެދުމުން، އިންޑިޔާގެ ރައްޔިތެއްކަމަށްވާ އެސް ކމާރަން އަޕޫކުއްތަން ކަނަގަމ ޝަރީޢަތަށް ޙާޟިރުކޮށް އޭނާގެ ހެކިބަސްސިވިލް ކޯޓުނ ނަގައިފައިވެއެވެ.

16ބުނެވުނު ހެކިތަކަށް ވަޒަންކުރުމަށްފަހު، މި މައްސަލައިގެ ނިންމުމަށް ސިވިލް ކޯޓުނ ވާޞިލުވެފައިވާ ގޮތަށް ބަލާއިރު؛

16.1 ދަޢުވް ސާބިތުކުރުމަށް ސްޕީޑްލިންކ ގްލޯބަލް ޕްރައިވެޓް ލިމިޓެޑުން ހުށަހަޅާފައިވާއިންވޮއިސްތަކާއި ގުޅިގެނ ސިވިލް ކޯޓުގެނިންމުމުގައި ފާހަގަ ކުރައްވާފައިވަނ،އިންވޮއިސްތައް ލިބުނުކަމަށް ޖަވާޒް ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން އިންކާރުކުރާ ކަމަށާއި، ބުނެވުނު އެއްވެސް އިންވޮއިސްއެއްގައި ސްޕީޑލިންކ ގްލޯބަލް ޕްރައިވެޓް ލިމިޓެޑުން އެ އިންވޮއިސްތައް ޖަވާޒް ކޮންސްޓްރަކްޝަނުކޮމްޕެނިޕްރައިވެޓ ލިމިޓެޑަށް ރައްދކުރިކަމާއ، އަދި އިންވޮއިސް ރައްދުކުރ ތާރީޚެއްވެސް ބަޔާންވެ އެނގެން ނެތްކަމަށެވެ.އ ންވޮއިސްތަކާއ ގުޅިގެން ސިވިލް ކޯޓުން ފާހަގަކޮށްފައިވާ މި ކަންކަމުގެ މައްޗަށް ބަލާއިރު މި މައްސަލަ ނިންމުމުގައި ސްޕީޑް ލިންކް ގްލޯބަލް ޕްރައިވެޓް ލިމިޓެޑުން ހުށަހެޅި އެއްވެސް އިންވޮއިސްއަކަށް ރިޢާޔަތްކޮށް އެ އިންވޮއިސްތަކަށް ޝަރީޢަތުން އެއްވެސް ބުރް ދަނެއ ދީފައި ނުވާކަން އެނގެއެވެ. ސަބަބަކީ، އިންވޮއިސްތަކަކީ ރައްދުވެފައިވާ އިންވޮއިސްތަކެއް ކަން އ އިންވޮއިސްތަކުން ނުވަތަ އެ ނޫންވެސް ގޮތަކުން އެނގެން ނެތުމެވެ.

16.2ދަޢުވާ ސާބިތުކުރުމަށް ސްޕީޑލިންކް ގްލޯބަލް ޕްރައިވެޓް ލިމިޓެޑުން ހުށަހެޅިޕާޗޭސް އޯޑަރުތަކާއި ޑެލިވަރީ ނޯޓުތަކާއ ގުޅިގެނި ސިވިލް ކޯޓުންފާހަގަ ކުރައްވާފައިވަނީ، މައްސަލައިގައި ޝަރީޢަތަށް ޙާޟިރު ކުރެވުނު ހެއްކެއް ކަމުގައިވާ އެސް ކުމާރަން އަޕކުއްތަން ކަނަގަމްގެ ހެކިބަހަށް ބެލުމުން، މި މައްސަލައިގައްސްޕީޑްލިންކ ގްލޯބަލް ޕްރައިވެޓް ލިމިޓެޑނު ހުށަހެޅި ލިޔުންތަކުގައި ހިމެނޭ، ނަލަހިޔ ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑުގެ ނަމުގައި އޮތް ޑެލިވަރީ ނޯޓުތަކަކީ، ސްޕީޑްލިންކު ގްލޯބަލް ޕްރައިވެޓް ލިމިޓެޑގްދަޢުވާ ސާބިތުކުރުމަށް ހުށަހެޅި ޕާޗޭސް އޯޑަރުގައިވާ މުދާ ސްޕީޑްލިންކު ގްލޯބަލް ޕްރައިވެޓް ލިމިޓެޑނ ޖަވާޒް ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް ފޯރުކޮށްދީފައިވާ ކަމުގައިބެލުމަށ ފުދޭ ސަބަބެއްކަމަށެވެ.

17ސްޕީޑްލިންކ ގްލޯބަލް ޕްރައިވެޓް ލިމިޓެޑުން ދަޢުވާ ސާބިތުކުރުމަށް ހުށަހަޅާފައިވާ އިންވޮއިސްތައް އެއް ފަރާތްކޮށް، ސްޕީޑްލިންކާ ގްލޯބަލް ޕްރައިވެޓް ލިމިޓެޑނު ދަޢުވް ސާބިތުކުރުމަށް ހުށަހެޅި ޕާޗޭސް އޯޑަރާއި ޑެލިވަރީ ނޯޓުތަކުގެ މައްޗަށް ރިޢާޔަތްކޮށް އަދި މި މައްސަލައިގައި ހެކިބަސް ދީފައިވާ ފަރާތުގެ ހެކިބަހުގެ މައްޗަށް ބުރަދަނެއްދީ، ޕާޗޭސް އޯޑަރުތަކުގައިވާ މުދައު ޖަވާޒް ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް ފޯރވައިދިންކަނ ސާބިތުވާކަމަށް ކަނޑައެޅުމަށްފަހު، ފޯރުކޮށްދިން މުދަލުގެ އަގު ދެނެގަތުމުގައި ސިވިލް ކޯޓުގެ ނަންބަރު 2979/Cv-C/2017 ޤަޟިއްޔާ ނިމުނުގޮތުގެ ރިޕޯޓުގެ 4 ގެ )ނ( ސިވިލް ކޯޓުން ރިޢާޔަތްކުރި އަދި ބަރޯސާވިހަމަ އެކަނ ހެއްކަކީ، ޖަވާޒް ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ސްޕީޑްލިންކްގްލޯބަލ ޕްރައިވެޓް ލިމިޓެޑަ ށ ދޫކޮށްފައިވާކަމަށް ބުން ސްޕީޑްލިންކު ގްލޯބަލް ޕްރައިވެޓް ލިމިޓެޑުން ހުށަހަޅާފައިވާ؛ - ނަންބަރު MVR0000258 ޗެކާއި، - ނަންބަރު MVR0000261 ޗެކާއި، - ނަންބަރު MVR0000262 ޗެކު ތައް ކަން މި މައްސަލަ ސިވިލް ކޯޓުން ނިންމި ގޮތުގެ ރިޕޯޓަށް ބެލުމުން އެނގެއެވެ.

18ބުނެވުނު ޗެކްތަކަށް ފައިސް ލިބިފައިނުވާތީ، ޗެކުތަކުގައިވ ފައިސާ ހޯދުމަށުސްޕީޑްލިންކ ގްލޯބަލް ޕްރައިވެޓް ލިމިޓެޑނު 06 ޖޫން 2017 ގައް ފޮނުވާފައިވާ ސިޓީއެއް ޝަރީޢަތަށް ހުށަހަޅާފައިވާއިރު، އެ ސިޓީގައިވެސ ފައިސް ލިބިގަތުމަށް އެދި ހުށަހަޅާފައިވަނީ ކުރިން މިބުނެވުނ 3 ޗެކުގައިވާ ނަންބަރުތަކާއި އެ ޗެކުގައިވާ ޢަދަދުން ފައިސާ ހޯދުމުގެ ވާހަކަ އެކަނިކަން އެނގެން އޮވެއެވެ. ދަށު ކޯޓަށް ހުށަހެޅިފައިނުވާ ހެއްކެއް ހައިކޯޓަށް ބަލައިގަތުން

19HN1ޝަރީޢަތަށް ހުށަހެޅޭ ދަޢުވާއެއްގައި އެ ދަޢުވާއެއް ސާބިތުކުރުމުގެ ބުރަ ޢާއްމު އުސޫލެއްގެ ގ ތ ނ އުފުލާންޖެހޭނެ ފަރާތަކީ، އދަޢުވާކުރާ ފަރާތެކެވެ. މ ނަންބަރުގެ ކުރިން ފާހަގަކުރި ނަންބަރުތަކުގައިސްޕީޑ ލިންކ ގްލޯބަލް ޕްރައިވެޓް ލިމިޓެޑި ގެ ފަރާތުން އެ ކުންފުނީގެ ދަޢުވާ ސާބިތުކުރުމަށް ދަށު ކޯޓަށް ހ ށަހެޅ ހެކިތަކަކީ ކޮބައިކަންބަޔާންކޮށްދިނުމުގެ ބޭނުމަކީ، ސިވިލ ކޯޓުން މައްސަލަ ނިންމެވުމުގައި ހަމައެކަނި އިންވޮއިސްއަށް ބަލައިގެން އިންވޮއިސް ރައްދުކުރިކަން އަދި ރައްދުކުރި ތާރީޚުތައް އެނގެން ނެތްކަމަށް ކަނޑައެޅި ކަނޑައެޅުން ގޯސްކަމަށްސްޕީޑްލިންކ ގްލޯބަލް ޕްރައިވެޓް ލިމިޓެޑނެ އިސިތިއުނާފީ ނުކުތާއެއްގް ގޮތުގައި މި ކޯޓުގައި ފާހަގަކުރާތީ ސިވިލް ކޯޓުންމައްސަލަ ނިންމެވުމުގައި ރިޢާޔަތކޮށްދިނުމަށް އެދްއެ ކުންފުނިން ސިވިލް ކޯޓަށް ހުށަހެޅި ހެކިތަކަކީ ކޮބައިކަން ބުނެދިނުމުގެ ބޭނުމުގައެވެ.

20HN2ސަޕީޑްލިންކ ގްލޯބަލް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި މިހާރު މި ބުނަނީ، އެ ކުންފުނިން ސިވިލް ކޯޓަށް ހުށަހެޅ އިންވޮއިސްތަކުގައެ،އިންވޮއިސް ރައްދުކުރިކަން އަދި ރައްދުކުރި ތާރީޚު އެނގެން ނެތްނަމަވެސް، އ އިންވޮއިސްތަކަކީ އީމެއިލް މެދުވެރިކޮށްފޮނުވާފައިވާ އިންވޮއިސްތަކެއްކަމަށާއ، އެފަދައިން ފޮނުވާ އިންވޮއިސިއެއް ގައް އަންވޮއިސ ރައްދުކުރިކަން ހަމއެކަނ އިންވޮއިސްއިނ އެނގެން ނޯންނާނެ ކަމަށއާ، މިހެންކަމުންއިންވޮއިސް ރައްދުކުރިގޮތާ އްމެދ ދަށު ކޯޓުނު މާނަކުރި ގޮތް ގޯސްކަމަށެވެ. އެހެންނަމަވެސް ދިވެހިރާއްޖޭގެ ހައިކޯޓުގައިސްޕީޑްލިންކ ގްލޯބަލް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުނ ދައްކާފައިވާ އެ ވާހަކަތަކަކީ، މި މައްސަލަ ސިވިލް ކޯޓުގައި ހިނގާދިޔައިރު ސްޕީޑްލިންކ ގްލޯބަލ ޕްރައިވެޓް ލިމިޓެޑި ގެ ފަރާތުން އެ ކޯޓުގައި އެގޮތަށް ދައްކާފައިވާ ވާހަކަތަކެއް ނޫނިވެ. އަދި މ މައްސަލައިގައި ޝަރީޢަތަށް ހުށަހެޅ އިންވޮއިސްތަކަކީ، އީމެއިލް މެދުވެރިކޮށް ޖަވާޒް ކޮންސްޓްރަކްޝަން ކޮމްޕެނ ޕްރައިވެޓް ލިމިޓެޑަށް ރައްދުކުރެވިފައިވް އިންވޮއިސްއެއްކަމަށ ބުން އެކަމުގެ މައްޗަށް ބާރު ލިއްބައިދޭ އެއްވެސް ހެއްކެއް ސިވިލް ކޯޓަށް ސްޕީޑްލިންކ ގްލޯބަލް ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުނ ހުށަހަޅާފައިވެސް ނުވެއެވެ. އެ ފަދައިން އެ ވާހަކަ ދައްކާ އެކަން ސާބިތު ކުރުމަށްކަމަށ ބުން ލިޔުމެއް ސްޕީޑްލިންކ ގްލޯބަލް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް 02 ފެބުރުއަރީ 2021 މި ތާރީޚުގައި ހުށަހެޅި ލިޔުންތަކުގެ ތެރޭގައި، އެ ކުންފުނިން 01 އެޕްރީލް 2017 މި ތާރީޚުގައި ޖަވާޒް ކޮންސްޓްރަކްޝަންކޮމްޕެނ ޕްރައިވެޓް ލިމިޓެޑަށް ފޮނުވިކަމަށް ބުނާ އީމެއިލް އެއްގެ ކޮޕީ ހުށަހަޅާފައިވެއެވެ. މި ބުނެވުނު ލިޔުމަކީ އެ ކުންފުނިން ދަށު ކޯޓަށް ހުށަހެޅި ލިޔުމެއް ނޫނެވެ. އަދި މި ލިޔުމަށް ބެލުމުން އެ މެއިލްއާއ އެކި އެޓޭޗޭކުރެވިފައިވަނީ މި މައްސަލައިގައ އެ ކުންފުނިން ޙަވާލާދޭ އިންވޮއިސްތައްކަންވެސް އެނގޭކަށްނެތެވެ. ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅައިފައިވީނަމަވެސް އެ ލިޔުމަކީ ދަށު ކޯޓަށް ހުށަހެޅި ލިޔުމެއްކަން އެނގެން ނެތުމުގެ އިތުރަށް ބުނެވުނު ލިޔުން ދަށު ކޯޓަށް ހުށަހެޅިފައިނުވާ މަޤްބޫލު ސަބަބެއް އަދި މިއީ މި ލިޔުން ދަށް ކޯޓަށު ހުށަހަޅަން މަސައްކަތް ކުރް ލިޔުމެއްކަންވެސްސްޕީޑްލިންކ ގްލޯބަލް ޕްރައިވެޓް ލިމިޓެޑށަ މި ކޯޓުގައި ބުނެދީފައެއްނުވެއެވެ.

21ކުރިންވެސް ފާހަގަ ކުރި ގޮތަށް ކޯޓަށްހުށަހެޅޭ މައްސަލައެއްގައި އެ މައްސަލައެއް ސާބިތުކުރުމަށް ބޭނުންވާ ކަންކަން ހާމަކުރުމާއި އެކަމަކާއި ގުޅޭ ތަފްސީލުތައް ކޯޓަށް ބުނެދިނުމާއް،ހެކިތައް ހުށަހެޅުމުގެ ޒިންމާ މަތިކޮށްފައިވަނީ އެ ހުށަހަޅާ ކަމެއް ސާބިތުކުރުމަށް އެދޭ ފަރާތެއްގެ މައުޗަށެވެ. ހެކި ހާމަކުރުމުގެ ފުރުސަތު ލިބް އޮވެމެ އެ ފުރުސަތުގެ ބޭނުން ނުހިފައި އެކަމާމެދު ފަރުވާކުޑަކުރުމުގެ ސަބަބުން ދަށު ކޯޓަށް ހެއްކެއް ހުށަނޭޅި ދާދިއުމެއްގެ މައްޗަށް ރިޢާޔަތްކޮށް އެ ހެއްކެއް އިސްތިއުނާފީ މަރުޙަލާއަށް ހުށަހަޅަން ފުރުސަތު ދެވިގެންވާނެކަމކަށ ނުދެކެމެވެ. މި މައްސަލައިގައި ކަންހިނގާފައިވާކަން އެނގެން އޮތީ އެފަދަގޮތަކަށްކަމަށްވެފައި،އިސްތިސްނާ ބައެއް ޙާލަތްތައް ފިޔަވައި، އިސްތިއުނާފީ މަރުޙަލާގައި މައްސަލަ ބަލަންޖެހެނީ ދަށު ކޯޓަށް ހުށަހެޅުނު ދިފާޢުތަކާއި ހެކިތައް އެއީ އަސާސްކަމުގައި ބަލައިގި ންކަމުގައިވު ތ އާއި މި މައްސަލައިގެ ވަށައިގެންވާ ޙަޤީޤަތްތަކުގެ މައްޗަށް ބަލާއިރް މި މައްސަލައިގައުސްޕީޑްލިންކ ގްލޯބަލް ޕްރައިވެޓް ލިމިޓެޑްނ ދަށް ކޯޓުގައު ނުދައްކާ ވާހަކައަކަށް އަދި ހުށައަޅާފައިނުވާ ހެއްކެއްގެ މައްޗަށ ރިޢާޔަތްކޮށިދިވެހިރާއްޖޭގެ ހައިކޓުގައޯ ވާހަކަ ދެއްކުމުގެ ފުރުސަތު ދެވިގެންވާނެކަމަކަށް ނުފެނުނެވެ.

22މިހެންކަމުން، މި މައްސަލަ ނިންމެވުމުގައި ސިވިލް ކޯޓުން ފާހަގަކޮށްފައިވާ ކަންތައްތަކުގެ ތެރޭގައި ހިމެނޭ، މި މައްސަލައިގައި ޙަވާލާދެވޭ އިންވޮއިސްތަކަކީ،ސްޕީޑްލިންކ ގްލޯބަލް ޕްރައިވެޓް ލިމިޓެޑނު ޖަވާޒް ކޮންސްޓްރަކްޝަން ކޮމްޕެނީޕްރައިވެޓ ލިމިޓެޑަށް ރައްދުކޮށްފައިވާ އިންވޮއިސްތަކެއްކަން އެ އިންވޮއިސްތަކަށް ބެލުމުން އެނގެންނެތްކަމަށް ފާހަގަކުރައްވާފައިވަނ ގޯސްކޮށްކަމަށްސްޕީޑްލިންކް ގްލޯބަލް ޕްރައިވެޓް ލިމިޓެޑުން މި ކޯޓުގައްބުނެފައިވީނމަވެސަމި އިންވޮއިސްތަކަކީ، އެހެން ގޮތަކުން ރައްދުކުރެވިފައިވާ އިންވޮއިސްތަކެއްކަމަށް ސްޕީޑލިންކް ގްލޯބަލްޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ބުނެ އެކަމުގެ މައްޗަށް އެއްވެސް ވާހަކައެއްވެސް އަދި ދަލީލެއްވެސ ދަށު ކޯޓަށް ހުށަހަޅާފައިނެތުމުން ދަށު ކޯޓުގެ ކުރިމްއްޗަށް ހުށަހެޅިފައިވާ ދަލީލުތަކާއި ދެއްކި ވާހަކަތަކުގެ މައްޗަށް ރިޢާޔަތްކޮށް، ދަޢުވާ ސާބިތުކުރުމަށް ސްޕީޑްލިންކ ގްލޯބަލް ޕްރައިވެޓް ލިމިޓެޑުން ހުށަހެޅް އިންވޮއިސްތަކާއި ގުޅޭ ގޮތުން ސިވިލް ކޯޓުން ނިންމި ގޮތް އެއީ ގޯސް ނިންމުމެއްކަމަށް ބުނެވޭކަށްނެތެވެ. ފައިސާގެ ޢަދަދު ހިސާބުކުރުމުގައި އޮޅުމެއް އޮތްކަމަށް ބުނާ ބުނުން

23މ މައްސަލި އިސްތިއުނާފުކުރަމުން، ސްޕީޑްލިންކ ގްލޯބަލް ޕްރައިވެޓް ލިމިޓެޑި ގެ ފަރާތުން ދެއްކި ވާހަކަތަކުގައ،މ މައްސަލައިގައި ހިމެނި ފައިސާގެ ޢަދަދު ހިސާބުކުރުމުގައި ސިވިލް ކޯޓަށް އޮޅުމެއް އަރާފައި އޮތްކަމަށް ބުނެ އެކަން ރަނގަޅު ކޮށްދިނުމަށް އެދިފައިވެއެވެ. އަދި އެ އޮޅުމެއް އޮތްނަމަ އޮޅުން ރަނގަޅީ ކުރިޔަސް އެންމެ ރަނގަޅުކަމަށް ޖަވާޒް ކޮންސްޓްރަކްޝަންކޮމްޕެނެ ޕްރައިވެޓ ލިމިޓެޑގު ފަރާތުން ބުނެފައިވެއެވެ.

24މިގޮތުން މުދަލުގެ އަގު ހިސާބުކުރުމުގައި އަރާފައިވާ އޮޅުމަކީ ކޮބައިކަން ތަފްސީލުކޮށްދެމުން ސްޕީޑްލިންކ ގްލޯބަލް ޕްރައިވެޓް ލިމިޓެޑެ ގެ ފަރާތުން ބުނެފައިވަނީ، މި މައްސަލައިގެ ޝަރީޢަތް ނިންމެވި ގޮތުގެ ރިޕޯޓުގެ 4 ވަނަ ނަންބަރުގެ ) ށ( ގައި މި މައްސަލައިގައ 04 އިންވޮއިސްއެއް އޮތްކަމަށް ސިވިލް ކޯޓުން ފާހަގަކުރައްވާފައިވާކަމަށާއި، އެހެންނަމަވެސް އެ ނުކުތާގައި ފާހަގަކޮށްފައިވާއިންވޮއިސް ތަކްގެ ތެރެއިން އިންވޮއިސް ނަންބަރު 10 ގައިވާ 416,131/30 ރ. )ހަތަރުލައްކަ ސޯޅަހާސް އެއްސަތޭކަ ތިރީސް އެއްރުފިޔާ ތިރީސް ލާރި( މި މައްސަލަ ނިންމިއިރު ހިސާބުކުރުމުގައި ހިމަނާފައި ނުވާކަމަށާއި، މިމައްސަލ ނިންމިއިރު ހިސާބު ކުރުމުގައި ހިމަނާފައިވާ 303,913/77 ރ. )ތިންލައްކަ ތިންހާސް ނުވަސަތޭކަ ތޭރަރުފިޔާ ހަތްދިހަ ހުތްލާރި( އަކީ، ސްޕީޑްލިންކ ގްލޯބަލް ޕްރައިވެޓް ލިމިޓެޑީ ނ ޖަވާޒް ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް ފޮނުވި 12 ވަނި ނަންބަރުގައި އޮތް އިންވޮއިސްގައި ހިމެނޭ ފައިސާގެ ޢަދަދެއްކަމަށާއ، 12 ވަނަ ނަންބަރު އިންވޮއިސްއަކީ، ޖަވާޒް ކޮންސްޓްރަކްޝަން ކޮމްޕެނީޕްރައިވެޓް ލިމިޓެޑާއި ގުޅުންހުރި D.K.A TRADERS ގެ ނަމުގައި އޮތް އިންވޮއިސްއެއްކަން އެނގޭކަމަށާއި، އެއީ މުޅިން ނުބައި އިންވޮއސްއެއ ހިމަނައިގެން އެކުލަވާލާފައިވާ ޢަދަދެއްކަމަށެވެ.

25HN7ސިވިލ ކޯޓުން މި މައްސަލަ ނިންމެވުމުގައި މައްސަލައިގެ ހިސާބު ކ ރުމް ގައި އޮޅުމެއް އޮތްކަމަށް ސްޕީޑްލިންކ ގްލޯބަލް ޕްރައިވެޓް ލިމިޓެޑުން ފާހަގަކޮށް ދައްކާފައިވާ ވާހަކަތަކުގެ މައްޗަށ ބަލާއިރު،ސިވިލް ކޯޓުގ ޝަރީޢަތް ނިންމެވި ގޮތުގެ ރިޕޯޓުގައި 4 ވަނަ ނަންބަރުގެ ) ށ ( ގައް ސިވިލް ކޯޓުން ފާހަގަކޮށްފައިވާ އެއްވެސިއިންވޮއިސްއަކީ އެ އިންވޮއިސްތަކުގެ ސައްޙަކަން ބަލައިގަނެ އެ ލިޔުމަށް ބުރަދަނެއް ދޭންޖެހޭކަމަށް ބުނެ ފާހަގަކޮށްފައވ ފާހަގަކުރުމެއް ނޫންކަމާއި، އެ ނަންބަރުގައި، އިންވޮއިސް ނަންބަރުތަކަށް ޙަވާލާދިނުމަށްފަހެސިވިލ ކޯޓުން ފާހަގަކޮށްފައިވަނީ " ދެ ފަރާތުގެ ދެމް ދުގައި ވެފައިވާ އެއްބަސްވުމުގ ދަށުން، ދަޢުވާކުރާ ފަރާތުން ދަޢުވާލިބޭ ފަރާތަށް ފޯރުކޮށްދީފައިވަނީ، މި މައްސަލައިގައި ދަޢުވާކުރާ ފަރާތުނ ހުށަހެޅި އެ ފަރާތުގެ ނަންބަރ INV/17/009 ޓެކްސް އިންވޮއިސްއާއި، ނަންބަރު INV/17/010 އެ ނަންބަރުގައި ފާހަގަ ކުރައްވާފައިވަނީ ނަންބަރު 9.10.11.15 މި އިންވޮއިސްތަކެވެ. 12 ވަނަ ނަންބަރުގެ އިންވޮއިސްއެއް އޮތްކަމަށް ފާހަގަކޮށްފައެއް ނުވެއެވެ. 12 ނަންބަރު އިންވޮއިސްއަކީ، ދަށު ކޯޓަށް ހުށަހެޅިފައިވާ އިންވޮއިސްއެއްކަނ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށް ބެލުމުން އެނގޭކަށް ނެތެވެ. ޓެކްސް އިންވޮއިސްއާއި، ނަންބަރު INV/17/011 ޓެކްސް އިންވޮއިސްއާއި، INV/17/15 ޓެކްސް އިންވޮއިސުގައިވާ މުދާކަމަށް ދަޢުވާކުރާ ފަރާތުން ބުނާއިރު" މިފަދައިންކަމާއި، މިހެންކަމުން މއ ސްޕީޑްލިންކ ގްލޯބަލް ޕްރައިވެޓް ލިމިޓެޑނު އެގޮތަށް ކޯޓުގައި ބުނާކަން ފާހަގަކުރުމުގެ ގޮތުން ގެނެސްފައިވި ޙަވާލާދނުމެއްކަން އެނގޭކަމާއި، އެއީ އިންވޮއިސްތައް ބަލައިގަން އެ އިންވޮއިސްގައި އޮތް ޢަދަދު ބަލައިގަތުމަށް ސިވިލް ކޯޓުން ފާހަގަކޮށްފައިވާ ފާހަގަކުރުމެއް ނޫންކަން އެނގެއެވެ.

26ކުރިންވެސް ފާހަގަ ކުރި ގޮތަށް މި މައްސަލަ ސިވިލް ކޯޓުން ނިންމަވާފައިވަނީ މައްސަލައިގައި ހިމެނޭ އެއްވެސް އިންވޮއިސްއަކަށް ބުރަދަން ދެއްވައިގެން އެ އިންވޮއިސްތަކުގައިވާ ޢަދަދުތައް ހިސާބުކޮށްގެނެއް ނޫނެވެ. ދަޢުވާ ސާބިތުކުރަން ހުށަހެޅާ އިންވޮއިސްތަކާއި މެދުކޯޓަށ ފެނުން ގޮތަކީ އެއީ ރައްދުވެފައިވާ އިންވޮއިސްތަކެއްކަން ސާބިތުވނެނެތުމުން އިންވޮއިސްގެ މައްޗަށް ބުރަދަނެއް ދ ވެން ނެތްކަމެވެ. ޕާޗޭސް އޯޑަރުތަކާއި ޑެލިވަރީ ނޯޓުތަކުނ ފެންނަން އޮތް ކަންކަމަށާއި މައްސަލައިގެ ހެކިބަސް ދީފައިވާ ހެކިވެރިޔާގެ ހެކިބަހުގެ މައްޗަށް ރިޢާޔަތްކޮށް ޖަވާޒް ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއި ސްޕީޑްލިންކ ގްލޯބަލެޕްރައިވެޓް ލިމިޓެޑާއި ދެމެދު މުދާ ވިއްކުމުގެ މުޢާމަލާތެއް ހިނގިކަން އެނގެން އޮތްކަމަށް ބަލައި، އާ މުޢާމަލާތާއި ގުޅިގެން ދައްކަންޖެހޭ ފައިސާގެ ޢަދަދު ކަނޑައީ ޅުމުގައި ސިވިލް ކޯޓުން ރިޢާޔަތްކޮށްފައިވ ހަމައެކަނި ލިޔުމަކްސްޕީޑްލިންކ ގްލޯބަލް ޕްރައިވެޓް ލިމިޓެޑންދަޢުވާ ސާބިތުކުރުމަށް ކަމަށް ބުނެ ސިވިލް ކޯޓަށް ހުށަހެޅި 3 ޗެކެވެ.

27ބުނެވުނު 3 ޗެކުން ފެންނަ ޖުމްލަ ފައިސާގެ ޢަދަދު އެއީ ޖަވާޒް ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ދައްކަންޖެހޭކަން ސާބިތުވާ ފައިސާގެ ޢަދަދުކަމުގައި ކަނޑައެޅުމަށްފަހު އެ ޢަދަދުން ޖަވާޒް ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ސްޕީޑްލިންކ ގްލޯބަލް ޕްރައިވެޓް ލިމިޓެޑަށް އެޑްވާންސްގެ ގޮތުގައި ދައްކާފައިވާފައިސާ އުނިކުރުމަށްފަހު ފައިސާގެ ޢަދަދް ކަނޑައަޅާފައިވަނީ އެވެ. މިހެންކަމުނޭ ސްޕީޑްލިންކ ގްލޯބަލް ޕްރައިވެޓް ލިމިޓެޑގް ފަރާތުން މި މައްސަލައިގައި ޙަވާލާދީ 10 ނަންބަރު އިންވޮއިސްގައި ހިމެނޭ ފައިސެގެ ޢަދަދު ހިސާބުކުރުމާ އްނެތި އެ ޢަދަދު ސިވިލް ކޯޓުގިޙުކުމުގައި ހިމެނިފައި ނުވަނީ އޮޅުމަކުން ކަމަށް ބަލައިގެން އެ އޮޅުން މި ކޯޓުން ރަނގަޅުކުރަންވީ ސަބަބެއް ނެތެވެ.

ޖޫރިމަނާގެ ފައިސާ ހޯދުން

28ސިވިލް ކޯޓުގެ ނަންބަރު 2979/Cv-C/2017 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް އެދި ސްޕީޑްލިންކް ގްލޯބަލް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ހުށަހެޅި އިސްތިއުނާފީ ފުރަތަމަ ނުކުތާގެ މައިގަނޑަކީ، އ ކުންފުންޏާއި ޖަވާޒް ކޮންސްޓްރަކްޝަނެ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއި ދެމެދު ވެފައިވާ އެއްބަސްވުމުގ 2 ވަނަ މާއް ދާގައ ބުނި ފައިސާ ނުދެއްކިއްޖެނަމަ އިތުރަށް ހިނގާ ކޮންމެ ދުވަހަކަށް ދައްކަންޖެހިފައިވާ ޖުމްލަ ޢަދަދުގެ %0.5 ޖ ރިމަނާގެ ގޮތުގައި ނެގޭ ގޮތަށް ކަނޑައަޅާފައިވާއިރު، އެ ފައިސާ ސިވިލް ކޯޓުން ނަގައިދީފައިނެތްނެތުމެވެ.

29HN3ޖޫރިމަނާ ފައިސާ ނަގައިދެވެން ނެތްކަމަށް ސ ވިލް ކޯޓުން ކަނޑައަޅާފައިވަނީ،ސްޕީޑްލިންކ ގްލޯބަލް ޕްރައިވެޓް ލިމިޓެޑްނ ހުށަހެޅް އެއްވެސް އިންވޮއިސްއެއްގައި އެ ފަރާތުން އެ އިންވޮއިސް ޖަވާޒް ކޮންސްޓްރަކްޝަން ކޮމްޕެނީޕްރައިވެޓ ލިމިޓެޑަށް ރައްދުކޮށްފައިވާކަން އަދި ރައްދު ކުރި ތާރީޚެއްވެސް އެނގެން ނެތުމާއި އިންވޮއިސް ލިބުނުކަމަށް ޖަވާޒް ކޮންސްޓްރްކަޝަނ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން އިންކާރު ކުރާތީ، އިންވޮއިސް ރައްދުކުރި ތާރީޚުން ފެށިގެން އެއްބަސްވުމުގ 2 ވަނަ މާއްދާގައި ބުނާ 45 ދުވަސް އުނިކޮށް އެއްބަސްވުމުގެ 6 ވާނަ މާއްދާގަ ދަށުން ހިސާބުކުރަންޖެހޭ ފައ ސާއެއް ހިސި ބ ކުރެވޭނެ ހަމައެއް ނެތްކަމަށް ބަލައި އެ ސަބަބު ބަޔާންކުރުމަށްފަހުއެވެ.

30ދަޢުވާ ސާބިތުކުރުމަށް ސްޕީޑްލިންކ ގްލޯބަލް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅ އެއްވެސް ލިޔުމަކުން އަދި ހެއްކެއްގެ ހެކިބަހުންވެސް،ލިޔުންތަކުގެ ތެރޭގައި ހިމެނޭ އިންވޮއިސް ތަކަކީ، ސްޕީޑްލިންކ ގްލޯބަލް ޕްރައިވެޓް ލިމިޓެޑު ގެ ފަރާތުން ޖަވާޒް ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް ރައްދުކުރި އިންވޮއިސްތަކެއްކަން ސާބިތުކޮށްދެވޭ ފަދަ ހެއްކެއް ފެންނާކަށް ނެތެވެ.

31އީމެއިލް މެދުވެރިކޮށް އިންވޮއިސްތައް ރައްދުކުރިކަމަށްސްޕީޑްލިންކ ގްލޯބަލް ޕްރައިވެޓް ލިމިޓެޑނު ބުނަނީ ދިވެހިރާއްޖޭގެ ހައިކޯޓުގައެވެ. އެއީ ދަށު ކޯޓުގައި ދައްކާފައިވާ ވާހަކައެއް ނޫންކަމުންނާއި،އީމެއިލް މެދުވެރިކޮށް އިންވޮއިސްތައް ރައްދުކުރިކަމަށ ބުން ސްޕީޑްލިންކީ ގްލޯބަލް ޕްރައިވެޓް ލިމިޓެޑުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅި ލިޔުމަކީ ސިވިލ ކޯޓަށި ހުށަހަޅާފައިވް ލިޔުމެއް ނންކަމުންނާއޫ، ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅި ލިޔުމުންވެސް އެ ލިޔުމާއިއެކު އެޓޭޗްކުރެވިފައިވަނީ މި މައްސަލައިގައި ޙަވާލާދެވޭ އިންވޮއިސްތަކެއްކަނ އެނގެން ނެތުމުން، އިންވޮއިސްއާ ގުޅޭ ގޮތުންދިވެހިރާއްޖޭގެ ހައިކޯޓުގައި އަލަށް ސްޕީޑްލިންކ ގްލޯބަލް ޕްރައިވެޓް ލިމިޓެޑުން މި ކޯޓުގައި ދެއްކި ވާހަކަތަކެއްގެ މައްޗަށް ރިޢާޔަތްކޮށް، ސްޕީޑްލިންކ ގްލޯބަލް ޕްރައިވެޓް ލިމިޓެޑުގެ އެއްވެސް އިންވޮއިސް އެއީ ޖަވާޒް ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް ރައްދުވެފައިނެތްކަން އެނގޭކަމަށް ސިވިލެކޯޓުނ ނިންމް ނިންމުމަށް ބަދަލު ގްންނަންޖެހޭނެ ސަބަބެއް ނުފެނެއެވެ. މިހެންކަމުންމ މައްސަލައިގައި ޙަވާލާދޭ އިންވޮއިސްތައް ޖަވާޒް ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް ރައްދުކުރެވިފައިނުވާކަމަށް ބަލައިގެން އެ އިންވޮއިސްގައި ބުނާޖޫރިމަނާގެ ފައިސާ ނެގެން ނެތްކަމަށް ސިވިލ ކޯޓުނަ ނ ންމި ނިންމުގެ އްސާސަށ ބަދަލް ގެންނަންޖެހޭކަމަކަށ ނުދެކެމެވެ.

32HN4މީގެ އިތުރުން ބަޙުޘުގެ ބޭނުމަށް ބުނެވުނު އިންވޮއިސްތަކަކީ، ޖަވާޒް ކޮންސްޓްރަކްޝަން ކޮމްޕެނީޕްރައިވެޓް ލިމިޓެޑަށް ރައްދުވެފައިވާ އިންވޮއިސްތަކެއް ކަމަށް ބެލެވުނު ނަމަވެސް، ދިވެހިރާއްޖޭގެ ސުޕރީމުކޯޓުގެ ޙަސަން ޢަލިމަނިކު ވ. އަޙްމަދު ޖަނާޙް SC 50 ]2021[ މައްސަލައިގައި، ޝަރުތު ޖަޒާއީއާ ގުޅު ގޮތުން ކަނޑައަޅާފައިވާ އ ޞީލުތައި ތަޠުބް ޤުކުރާއިރު، ޖޫރިމަނާގެ ފައިސާ ދެއްކުމަށް އެއްބަސްވުމުގައި ހިމަނާފައި އޮތީ ގޮތަށާއި މިންވަރަށް ބަލާއިރު މިއީ ޖަވާޒް ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް ޢުޤޫބާތެއް ކުރިމަތި ކުރުވުމުގެ ގޮތުނ ހިމަނާފައިއޮތް ޖޫރިމަނާއެއްކަނ އެނގެން އޮތަތީ، މި މައްސަލައިގައ ސްޕީޑްލިންކ ގްލޯބަލް ޕްރައިވެޓް ލިމިޓެޑުންޙަވލާދާ ޖޫރިމަނާ ފައިސާއަކީ ނަގައދެވެނ އޮތް ފައިސް އެއި ނޫންކަން އެނގެއެވެ.

ޤާނޫނީ ވަކީލުގެ ފީ އާ ގުޅޭ

33ސިވިލް ކޯޓުގެ ނަންބަރު 2979/Cv-C/2017 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް އެދި ސްޕީޑްލިންކް ގްލޯބަލް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ހުށަހެޅ ދެވަނަ ނުކުތާ ބިނާކޮށްފޫ އިވަނީ،ޤާނ ނ ވަކީލުގްފީ ނަގައިދެވެންނެތް ކަމަށ ސިވިލް ކޯޓުނ ކަނޑައަޅާފައިވާތީ އެ ކަމުގެ މައްޗަށެވެ.

34HN5ޤާނޫނީ ވަކީލު ފީ އާ ގުޅޭ ގޮތުން ސިވިލް ކޯޓުން ކަނޑައަޅާފައިވަނީ،ޤާނޫނީ ވަކީލު ފީ ޝަރީޢަތް މެދުވެރިކޮށް ނަގައިދެވޭނީ ހަމައެކަނި ޤާނޫނީ ވަކީލު ކަމުގެ ހުއްދަ ލިބިފައިވާ ވަކީލުންނަށްކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގ ނަންބަރު 2018/HC-A/47 ޤަޟިއްޔާގައި ކަނޑައަޅާފައިވާކަމަށާއި، މި މައްސަލައިގައި ވަކީލު ފީ ގޮތުގައި ނަގައިދަ ނުމަށް އެދޭ ފައިސާގެ ޢަދަދަކީ ދައްކާ ޚަލާސްކޮށްފައިވާ ފައިސާއެއްކަމާއި، ވަކީލު ފީ އަށް އެދުނު ޚަޞްމުގެ ފަރާތުން ޝަރީޢަތަށް ޙާޟިރުވި ފަރާތަކީ، ޤާނޫނީ ވަކީލުކަމުގެ ހުއްދް ލިބްފައިވާ ފަރާތެއްކަން އެނގެނނެތުމުގެ އިތުރުން ޙާޟިރުވެފައިވަނީ ޤާނޫނީ ވަކީލެއްގެ ޙައިޘިއްޔަތުން ކަމަށް ނުވާތީ ވަކީލު ފ ނަގައިދެވެން ނެތީކަމުގައެވެ.

35ސިވިލް ކޯޓަށް ސްޕީޑްލިންކ ގްލޯބަލް ޕްރައިވެޓް ލިމިޓެޑިގެ ފަރާތުން ހުށަހެޅި ލިޔުންތަކަށް ބަލާއިރު، ދިވެހރާއްޖޭގި ހައިކޯޓުގެ ނަންބަރ 2018/HC-A/47 ޤަޟިއްޔާގައި ބުނާފަދަ ވަކީލާ މުވައްކިލާ ދެމެދު ވެފައިވާ އެއްބަސްވުމެއް، ވަކީލުގެ ފީ ދެއްކި ގޮތުގެ ލިޔުމެއް، މައްސަލައިގައި ދަށު ކޯޓަށް ޙާޟިރުވި ފަރާތަކީ ޤާން ނ ވަކީލެއްކަން އެނގޭ ލިޔުމެއީފަދަ އެއްވެސް ލިޔުމެއުސްޕި ޑްލިންކ ގްލޯބަލް ޕްރައިވެޓް ލިމިޓެޑް ން ކޯޓާއި ޙިއްސާކޮށްފައިވާތީ ފެންނާކަށް ނެތެވެ. ކޯޓާއި ޙިއްސާ ނުކުރާ ލިޔުމެއްގެ މައްޗަށް ކޯޓުން ރިޢާޔަތްކުރާނެ ގޮތެއް ނެތުމުން، މި މައްސަލައިގައި ޤާނޫނީ ވަކީލުގެ ފީ ނަގައިދެވެންނެތްކަމަށް ދިވެހިރާއްޖޭގު ހައިކޯޓުގެ ނަންބަރ 2018/HC-A/47 ޤަޟިއްޔާއަށް ރިޢާޔަތްކޮށް ސިވިލ ކޯޓުން ނިންމި ނިންމުން ގޯސްކަމުގައި ބުނެވޭކަށްނެތެވެ.

36HN6ބުނެވުނު ލިޔުންތަކުގެ ތެރެއިން، ވަކީލަށް ފީ ދެއްކި ކަމުގެ ލިޔުން ސިވިލް ކޯޓަށް ހުށަހެޅިފައިނުވަނީ އެކަނ ސިވިލ ކޯޓުން ސާފުކޮށްފައި ނެތުމުންކަމަށު ސްޕް ޑްލިންކ ގްލޯބަލް ޕްރައިވެޓް ލިމިޓެޑެ ގެ ފަރާތުނ ދިވެހިރާއްޖޭގ ކޯޓުގައި ބުނެފައިވެއެވެ. ކޯޓަށް ހުށަހަޅާ މައްސަލައެއްގައި ދަޢުވާއެއް ސާބިތުކުރުމަށް ބޭނުންވާ ލިޔުންތައް އެއްކުރުމަކީ ކޯޓުގެ ޒިންމާއެއް ނޫނެވެ. އެއީ ކަމެއް ސާބިތުކުރުމަށް ކޯޓަށް ހުށަހަޅަ ފަރާތެއްގެ މައްޗަށް އޮންނަ ޒިންމާއެކެވެ. N0 -°' ...__:r::u <(...__r----V) M o, .) ,,ot._":\ ~~ o,"\"\ ,, o\\ 0\ '\,I o,\ o\"'\"\"\ o\ ~~ ", o,'\"Q\ &,l \~\"°' ol \\ ('")r--- °' L '\ \\ '\ I\\ \\ \ \ ~ I\°'i \ i 0\\ "\"~ "'\ ,,,", or' Of\"~" \\ \ \\ o,'\"~ o\"&J~~", \ \\'o, \: 0l0\r--------0\u u----- 0l0 ...-<r--- "\\Q0\ ,,""I"&J~~ '\ \, 'i °' \\'.\ °' \\"I L "I >I ", 0\)(~i, ~~ o,\ ""I"~\\''\"~"\ \\ \ ,,'\\\ ,,"\ 0\"\\~~ ""I""' "&J "°'O&J '\0 o,~}o"I o~o\ 0 ol & '\ °' \\'.\ I\\!\ \\ '; !\ -,i'\i \ \ \ "°' " \'\',"'\'\~0 "\ o,"\ ,,.,"\~\"'IJ0\'\\0\""I ~~ '\ 0\'\ "~"'i~°' '\~°' o,'\"~ '\',~,o, ,,, 't, & I\ \\ '.\ \\ L Of\"~", • "\\ &0\'\ ""I"&J~:I. 0\ 0\"'\"\"\ 0\ ~~ ", o,\\" &\&,l ,~'"°' of ~~ ~~ °' L \\ ,, "\,'1 ~\"\)0\ ,,o\""I~~ \& o,\ ":I."'i ,, \ o,)(~ 0\"&J~:I. ", \")\\'o, \ : 0l0\r--------0\u u----- 0l0 ...-<r--- \\ ,·i '\ °'\\'.\ \\ ·L ', >I ""Io,"\,, \ ""I"a,~~\\\ ""I~\)o,''\ ... ~} ,l o,\ \ ,,\"' \ o,\ \ o\"\ o,"&\&,l ~\\\:"I ' "'\\ :\ \\ ~' \, '\ '\ \\'\ \ :I. I\ :I. \i "°' "'\ I)\)(:).1)1\":I."'i I>\"=\\'\ o, :\'' "1 \, \\ .,,"~ II'\"~"'i \~,, it,11,1 \:"lo\ "'t, I\\ ' "\ ,'1 ,l"'i "\ ,,, \ "\ ,l \ o,,l \ "\\ o,,,"I\ "\\\' \ \i \\ "'\\ :\ '\i \i,. \\'.\ I\ "'\\ :\ ~,l \\~ ,-.._ \, '\.,"" ;~ "\I .,.... ·~·- _ 1 - "tJi'-~' •~ MM-\D-st";:::: r:,MN V)0 N0\ . ..,lo:-,";J.,*\ -~'-~ *I\·~-~' • \J"\.,.,.•a.,1o ' '~ \\ "'"'I~'IJo,.,"'., \ \ \ \ \, oi' oa "' o_\ "f\ ~ ~ ~ ..c-~..cu0 ::,t:: b()0>E > .. 'l ·=J2@)..c~ ..cu0 ::,t:: b()0> E. > '\ '.

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

ޝަރީޢަތުގެ ވީޑިއޯ

މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.

ޝެއަރ ކުރައްވާ