ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
2019/HC-A/70

ހަރީ އެންޑް ކޯ (އެކްސްޕޯޓަރސް އެންޑް އިމްޕޯޓަރސް) ވ. ހައިމަން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް

ދަށުކޯޓުގެ ނިންމުން ބާޠިލު
ސުޕްރީމް ކޯޓަށް އިސްތިއުނާފުކޮށްފައި ނުވޭ · ރަޖިސްޓްރީ ބެލީ 15 އޮކްޓޫބަރު 2026ޙުކުމުގެ ހާލަތު
ހައިކޯޓު · 12 ސެޕްޓެމްބަރު 2022ދަށު ކޯޓު: ސިވިލް ކޯޓު 1519/Cv-C/2017ބާވަތް: މަދަނީ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
ސިވިލް ކޯޓު 1519/Cv-C/2017
ފަހުގެ ތާރީޚު
ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް

ކޯ ޓާމްސް

ޚުލާޞާ

ކޯޓުން ނިންމަން ޖެހުނު ސުވާލު
ބޭރުގެ ކުންފުންޏަކުން ހައިމަން ކޮންސްޓްރަކްޝަންގެ ނަމުގައި ސަޕްލައިކުރި މުދަލުގެ އަގު ދައްކަންޖެހެނީ ކާކުތޯ، އަދި މައްސަލައިގެ ޚަޞްމަކަށް ނުވާ (ހެކިވެރިއެއްގެ ގޮތުގައި ހުށަހެޅި) ފަރާތެއްގެ މައްޗަށް ސިވިލް ކޯޓުން ފައިސާ ދެއްކުމަށް ޙުކުމްކުރެވޭތޯ.

ނިންމުން

ދަށުކޯޓުގެ ނިންމުން ބާޠިލު

އަލުން ބެލުމަށް ފޮނުވި (ފަނޑިޔާރު ފައިޞަލްގެ ރައުޔު؛ ފައިނަލް ޙުކުމް ފައިލުގައި ނެތް)

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

މަދަނީ › މަސައްކަތާއި މުދަލާއި ޚިދުމަތުގެ އަގު ހޯދުމަށް އެދި

HN1 (ފަނޑިޔާރު މުޙައްމަދު ފައިޞަލްގެ ރައުޔު) ޤާނޫނު އެހެން ގޮތަކަށް ކަނޑައަޅާނަމަ މެނުވީ ކޮންޓްރެކްޓަކީ ވަކި ގޮތަކަށް އޮތުން ލާޒިމް އެއްޗެއް ނޫންކަމާއި، ހުށަހެޅުމެއް ޤަބޫލުކުރުމުން ކޮންޓްރެކްޓެއް ކުރެވޭކަމާއި، ލިޔުމުން ކޮންޓްރެކްޓެއް ނެތުމުން ކޮންޓްރެކްޓުގެ ވުޖޫދު ނަފީ ނުވާކަމާއި، ދެފަރާތުގެ ދެމެދު ކޮންޓްރެކްޓެއް ވެފައިވޭތޯ ކަންހިނގާފައިވާ ގޮތާއި ދެފަރާތުގެ ޢަމަލުތަކުގެ މައްޗަށް ބިނާކޮށް ދެނެގަނެވިދާނެކަން.

HN2 (ފަނޑިޔާރު މުޙައްމަދު ފައިޞަލްގެ ރައުޔު) އިންވޮއިސްއަކީ އޭގެ ޒާތުގައި ކޮންޓްރެކްޓެއް ނުވަތަ ހާދިސާ ހިނގިކަން ސާބިތުކޮށްދޭ ދަލީލެއް ނޫން ނަމަވެސް، މަދަނީ އަދި ތިޖާރީ މުޢާމަލާތްތަކުގައި އެ މުޢާމަލާތަށް ބާރުދޭ އިތުރު ޤަރީނާ ހުރެއްޖެނަމަ ފައިސާ ނުވަތަ ދަރަނި ސާބިތުކުރުމަށް ބޭނުންކުރެވިދާނެ ދަލީލެއްކަމާއި، ބިލް އޮފް ލޭޑިންއަކީ ކޮންޓްރެކްޓެއް ނޫން ނަމަވެސް މުދާ ފޮނުވިކަން ސާބިތުކޮށްދޭ ދަލީލެއްކަން.

HN3 (ފަނޑިޔާރު މުޙައްމަދު ފައިޞަލްގެ ރައުޔު) ކަފާލާ (ޖާމިނުވުން) ގެ އުޞޫލުގެ ދަށުން، މީހެއްގެ މުދަލަށް ނުވަތަ ފައިސާއަށް އެހެން މީހަކު ޖާމިނުވާ ޙާލަތުގައި އެ ފައިސާގެ ޒިންމާ ޖާމިނުވާ ފަރާތަށް ބަދަލުވެ، އަޞްލީ ޒިންމާ ނަގަންޖެހޭ ފަރާތް އެ ބުރައިން ބަރީޢަވާކަމާއި، މި މައްސަލައިގައި ފައިސާގެ ޒިންމާ ނަގައި ޖާމިނުވި ތިންވަނަ ފަރާތުން އެ ފައިސާގެ ޒިންމާ ނަގަންޖެހޭކަން.

HN4 (ފަނޑިޔާރު މުޙައްމަދު ފައިޞަލްގެ ރައުޔު) ޚަޞްމަކު ކަމުގައި ނުހިމެނޭ ތިންވަނަ ފަރާތަކަށް މައްސަލައިގައި އޭނާގެ ޙައްޤެއް ނުވަތަ މަޞްލަޙަތެއް ހުރިނަމަ ފަނޑިޔާރުގެ ހުއްދައާއެކު ތަދައްޚުލްވުމުގެ ފުރުޞަތު ލިބޭކަމާއި، މައްސަލައިގެ ޚަޞްމަކަށް ނުވާ އަދި ތަދައްޚުލްވެސް ނުވާ (ހެކިވެރިއެއްގެ ގޮތުގައި ހުށަހެޅި) ފަރާތެއްގެ މައްޗަށް ޙުކުމްކުރުމަކީ ޤާނޫނު ތަންދޭ ކަމެއް ނޫންކަމާއި، އެފަދަ ފަރާތެއް ޒިންމާކުރުވަން ބޭނުންނަމަ ފުރަތަމަ އޭނާ ޚަޞްމަކަށް ހަދައި، ވާހަކަ ދެއްކުމާއި ރައްދު ދިނުމުގެ ފުރުޞަތު ހުރިހާ ޚަޞްމުންނަށް ދީ، އިޖުރާއަތު ފުރިހަމަކުރުމަށްފަހު ޙުކުމް ކުރަންވާނެކަން.

މަދަނީ › މަސައްކަތާއި މުދަލާއި ޚިދުމަތުގެ އަގު ހޯދުމަށް އެދި

HN5 (ފަނޑިޔާރު މުޙައްމަދު ފައިޞަލްގެ ރައުޔު) އެހެންކަމުން، ޖާމިނުވި ފަރާތް މައްސަލައިގެ ޚަޞްމެއްގެ ގޮތުގައި އިތުރުކޮށް މައްސަލަ އަލުން ބެލުމަށް ސިވިލް ކޯޓަށް ތަޙްވީލުކުރަންޖެހޭކަން.

ވަކީލުންނާއި ފަނޑިޔާރުން

ވަކީލުން
—
ބެންޗު
މުޙައްމަދު ފައިޞަލް، މުޙައްމަދު ނިޔާޒު، ފާޠިމަތު ފަރްހީޒާ
ރިޔާސަތު
—
ރައުޔު ލިޔުނު ފަނޑިޔާރު
މުޙައްމަދު ފައިޞަލް
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.

1ސިވިލް ކޯޓުގެ ނަންބަރު 1519/Cv-C/2017 ޤަޟިއްޔާ ނިމިފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށްބުނެ އެމައްސަލަ އިސްތިއުނާފުކޮށް ހަރީ އެންޑް ކޯގެ ފަރާތުން އަންނަނިވި ނުކުތާތައް ހުށަހަޅާފައިވެއެވެ.

1.3- ސިވިލް ކޯޓުގެ ނަންބަރު 1519/Cv-C/2017 ޤަޟިއްޔާ ނިންމާފައިވަނީ ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު)ގެ 32 ވަނަ މާއްދާގެ (ހ) އާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާ.

1.3- ސިވިލް ކޯޓުގެ ނަންބަރު 1519/Cv-C/2017 ޤަޟިއްޔާގައި ނަގައިދިނުމަށް އެދިފައިވާ ފައިސާއަކީ ހައިމަން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑުން ދައްކަންޖެހޭ ފައިސާއެއް ނޫންކަމަށް ކަނޑައަޅުއްވާފައިވަނީ ޤާނޫނު ނަންބަރު 24/6 (ހެއްކާބެހޭ ޤާނޫނު)ގެ 6 ވަނަ މާއްދާ އާ ޚިލާފަށް ކަމަށްބުނެ ހުށަހެޅި ނުކުތާ.

1.2- ސިވިލް ކޯޓުގެ ނަންބަރު 1519/Cv-C/2017 ޤަޟިއްޔާ ނިންމާފައިވަނީ ޤާނޫނުއަސާސީގެ 313 ވަނަ މާއްދާއާއި ޤާނޫނު ނަންބަރު 13/2010 (ފަނޑިޔާރުންގެ ޤާނޫނު)ގެ 25 ވަނަ މާއްދާގެ (ހ) ގައި ކަނޑައަޅާފައިވާ އުސޫލާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ. އިސްތިއުނާފުކުރާ ފަރާތުން އެދޭގޮތް:

5ސިވިލް ކޯޓުގެ ނަންބަރު 1519/Cv-C/2017 ޤަޟިއްޔާ ގެ އިސްތިއުނާފކޮށު ހަރީ އެންޑް ކޯގެ ފަރާތުން އެދިފައިވަނީ ؛ އިސްތިއުނާފު ފޯމުގެ 32 ވަނަ ނަންބަރު

5.3- ސިވިލް ކޯޓުގެ ނަންބަރު 1519/Cv-C/2017 ޤަޟިއްޔާ ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުސޫލްތަކާ ޚިލާފަށްކަމަށް ކަނޑައަޅައި ސިވިލް ކޯޓުގެ ނަންބަރު 1519/Cv-C/2017 ޤަޟިއްޔާގެ ޙުކުމް ބާޠިލް ކަމަށް ކަނޑައަޅައި ދިނުން؛ އަދި

5.3- ސިވިލް ކޯޓުގެ ނަންބަރު 1519/Cv-C/2017 ޤަޟިއްޔާ ގައި އެދިފައިވާ ފައިސާއަކީ ހައިމަން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑުން ދައްކަންޖެހޭ ފައިސާއެއް ކަމަށް ކަނޑައަޅައި ދިނުމަށެވެ. ފާހަގަކުރެވުނު ކަންކަނު ހަރީ އެންޑް ކޯ އާއި ހައިމަން ކޮންސްޓްރަކްޝަން އާ ދެމެދު ހިނގި މުޢާމަލާތް

63235 ވަނަ އަހަރު ހަރީ އެންޑް ކޯ އިން ހައިމަން ކޮންސްޓްރަކްޝަން އަށް US$17,772.50 (ސަތާރަހާސް ހަތްސަތޭކަ ހަތްދިހަ ދެ ޑޮލަރު ފަންސާސް ސެންޓް)ގެ މުދާ ސަޕްލައި ކުރި ކަމަށް ބުނެއެވެ. މިކަން ސާބިތުކޮށްދިނުމުގެ ގޮތުން ހަރީ އެންޑް ކޯ އިން އިންވޮއިސް އެއް ހުށަހަޅާފައިވެއެވެ. އެ އިންވޮއިސް އަށް ބަލާއިރު، 32 ބަސްތާ އަލުވި އާއި، 35 ބަސްތާ ބޮޑު ފިޔާ އާއި، 322 ސީ/ބީ ބިސް އަދި 35 ބަސްތާ ދޮންކެޔޮ، އެ އިންވޮއިސްގައި ހިމަނާފައިވެއެވެ. އެތަކެތީގެ ސީ.އެން.އެފް އަގެއްކަމަށް އެ އިންވޮއިސްގައި ޖަހާފައިވަނީ US$17,772.50 ((ސަތާރަހާސް ހަތްސަތޭކަ ހަތްދިހަ ދެ ޑޮލަރު ފަންސާސް ސެންޓް) އެވެ. 23 ފެބުރުވަރީ 3236 ގެ ތާރީޚުގައި ހަރީ އެންޑް ކޯގެ ލެޓަރހެޑުގައި ތައްޔާރުކޮށްފައިވ އިސްވާ ދެންނެވުނު ތަކެތި ދޫކުރެވޭ ފަރާތަކީ ހައިމަން ކޮންސްޓްރަކްޝަން ކަން އެ އިންވޮއިސްގައި ލިޔެފައިވެއެވެ . ހަމައެއާއެކު ހަރީ އެންޑް ކޯ (އެކްސްޕޯޓް ހައުސް، އެކްސްޕޯޓާސ އެންޑް އިންޕޯޓާސް)ގެ އިންވޮއިސް ނަންބަރު 31/486؛ އެ އިންވޮއިސްގައި މުދާ ފޮނުވަންޖެހޭ ފަރާތަކީ ހައިމަން ކޮންސްޓްރަކްޝަން ކަމަށް ލިޔެފައިވޭ ހަރީ އެންޑް ކޯ (އެކްސްޕޯޓް ހައުސް، އެކްސްޕޯޓާސް އެން ޑް އިންޕޯޓާސް)ގެ އިންވޮއިސް ނަންބަރު 31/486؛ އެ އިންވޮއިސްގައި މުދާ ފޮނުވަންޖެހޭ ފަރާތަކީ ހައިމަން ކޮންސްޓްރަކްޝަން ކަމަށް ލިޔެފައިވޭ ބުނެވުނު އިންވޮއިސްގައި ލިސްޓު ކޮށްފައިވު ތަކެތި ބޯޓު ނަންބަރ 241-TTN “MSV.RAJ” ގެ ބިލް އޮފް ލޭޑިންގ ނަންބަރު 25BLno. އިން ދިވެހިރާއްޖެއަށް އެތެރެކޮށްފައިވެއެވެ . އެ ބިލް އޮފް ލޭޑިންގައިވެސް މުދައު ލިބެންވީ ފަރާތް ކަމަށް ޖަހާފައިވަނީ ހައިމަން ކޮންސްޓްރަކްޝަނއެވެ. އަދި ބުނެވުނު މުދަލުގެ ޑެލިވެރި އޯޑަރގ ގޮތުގައެ ޓްރާންސްލިންކ ޕްރައިވެޓް ލިމިޓެޑްގެ ނަންބަރު 105/2016/25-OLORG/R ޑެލިވެރީ އޯޑަރ އެއް ހުށަހަޅާފައިވެއެވެ . އެ ޑެލިވެރީ އޯޑަރގައިވެސް މުދައު ޙަވާލުކުރަންޖެހޭ ފަރާތަކީ ”Ltd Pvt Construction Haiman M/S to cargo the deliver “Please ކަމަށް ބަޔާންކޮށްފައިވެއެވެ.

3ބުނެވުނު މުޢާމަލާތަކީ ހައިމަން ކޮންސްޓްރަކްޝންއާއި ހަރީ އެންޑް ކޯ އާ ދެމެދު ހިނގާފައިވާ މުޢާމަލާތެއް ކަމަށް ހައިމަން ކޮންސްޓްރަކްޝަން އިން އިންކާރުކުރެއެވެ. އެ ފަރާތުން ބުނެފައިވަނީ ހަރީ އެންޑް ކޯ އިން ސަޕްލައި ކުރި ކަމަށް ބުނާ އެއްވެސް މުދަލެއް އެ ކުންފުންޏަށް ލިބިފައިނުވާކަމަށާއި، އެ ކުންފުންޏަކީ ކޮންސްޓްރަކްޝަން މަސައްކަތް ކުރާ ކުންފުންޏެއް ކަމަށް ވެފައި، ފިޔާ، ބިސް، އަލުވި ފަދަ ބާވަތުގެ މުދަލަކީ އެ ކުންފުނީގެ މަސައްކަތަށް ބޭނުންކުރެވޭ ޒާތުގެ މުދަލެއްނޫންކަމަށާއި، އެފަދަ މުޢާމަލާތެއް ކުރުމަށް ދެފަރާތުގެ ދެމެދުގައި އެއްވެސް ކޮންޓްރެކްޓެއް ވެފައި ނުވާނެ ކަމަށެވެ.

2. ހައިމަން ކޮންސްޓްރަކްޝަންގެ ފަރާތުން ބުނެވުނު ބާވަތުގެ މުދައު އެކުންފުނިން އެތެރެ ނުކުރާކަމަށް ބުނި ނަމަވެސް އެޓޯލް ނެވިގޭޝަނ ސަރވިސް ޕްރައިވެޓް ލިމިޓެޑް އިން ދޫކުރި ޑެލިވެރީ ނޯޓުގައި 32 ބަސްތާ އަލުވި، 32 ބަސްތާ ބޮޑު ފިޔާ، 522 ސީ/ބީ ބިސް، 21 ބަސްތާ ކެބެޖް، 23 ބަސްތާ ޓޮމާޓޯ، 33 ބަސްތާ ސިވިލް ކޯޓަށް ހުށަހެޅި ޑޮކިއުމަންޓް 3 “BLno:35” ޓްރާންސްލިންކ ޕްރައިވެޓް ލިމިޓެޑްގެ ބިލް ނަންބަރު 35 ދޮންކެޔޮ، 22 ބަސްތާ ބަރަބޯ، 23 ބަސްތާ ލުނބޯ،23 ބަސްތާ އަލަނާސ /223/33”“BLUHA ނަމަކަށް ކިޔާ ބޯޓަކުން އެތެރެ ކޮށްފައިވާކަން އެނގެންއޮވެއެވެ .

ޢަބްދު ﷲ ކާމިލްގެ ދައުރު

3. ސިވިލް ކޯޓުގެ ނަންބަރު 1519/Cv-C/2017 ޤަޟިއްޔާ ގައި ހަރީ އެންޑް ކޯގެ ފަރާތުން ހައިމަން ކޮންސްޓްރަކްޝަންގެ މައްޗަށް ދަޢުވާކޮށް ހޯދުމަށް އެދުނު ފައިސާގެ ފުރިހަމަ ޒިންމާ ޢަބްދުﷲ ކާމިލްގެ ފަރާތުން ނަގާފައިވާކަން ސިވިލް ކޯޓުގެ ނަންބަރު 1519/Cv-C/2017 މައްސަލަ ނިމުނުގޮތުގެ ރިޕޯޓަށް ބެލުމުން އެނގެންއޮވެއެވެ. އެގޮތުން ޢަބްދުﷲ ކާމިލްގެ ފަރާތުން ފޮނުވާފައިވާ ސިޓީ ތިރީގައި ނަކަލު ކޮށްފައި އެވަނީއެވެ. ކަމާބެހޭ ފަރާތްތަކަށް ވެދުން ސަލާމަށްފަހު ދަންނަވަމެވެ 23 ފެބުރުވަރީ 3236 ދުވަހު އިންޑިއާ ޓޫޓިކޮރިންގެ "ހަރީ އެންޑް ކޯ"ގ އިންވޮއިސް ނަމްބަރ 31/486 އިން ރާއްޖެ ގެނެސްފައިވާ އެންމެހާ މުދަލަކީ އަޅުގަނޑު ޢަބްދުﷲ ކާމިލް ނ. ހޮޅުދޫ ނާރެސް (އައިޑީ އެކުންފުންޏާއި ވާހަކަ ދައްކައިގެން އަޅުގަނޑު ގެނެސްފައިވާ މުދަލެވެ. އަދި މި މުދަލަށް "ހަރީ އެންޑް ކޯ" އަށް ދައްކަންޖެހޭ އެންމެހާ ފައިސާއަކީވެސް އަޅުގަނޑު އެކުންފުންޏަށް ދައްކަންޖެހޭ ފައިސާކަމަށް އަޅުގަނޑު ޤަބޫލުކުރަމެވެ. އިންޑިއާ ޓޫޓިކޮރިންގެ "ހަރީ އެންޑް ކޯ" އިން އަޅުގަނޑު ގެންނަ މުދާ ހައިމަން ކޮންސްޓްރަކަށްޝަނ ޕްރައިވެޓް ލިމިޓެޑުގެ ނަމުގައި އެތެރެކުރަނީ އަޅުގަނޑު ނަމުގައި އިމްޕޯޓް ލައިސަންސް ހައްދާފައި ނުވާތީ އެކުންފުނީގެ ނަން ބޭނުންކޮށްގެން މުދާ ރާއްޖެ އެތެރެ ކުރުމަށް ފަސޭހަ ވާތީއެވެ. އަދުމިގޮތަށް "ހައިމަން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް" ގެ ނަމުގައި މުދާ އެތެރެކުރިނަމަވެސް "ހަރީ އެންޑް ކޯ" އިން އަޅުގަނޑު އެތެރެކޮށްފައިވާ އެއްވެސް މ ދަލަކ (މ ސިޓި އާއެކު މިވާ ލިޔުންތަކުގައިވާ އެއްވެސް މުދަލަކީ) ހައިމަން ކޮންސްޓްރަކްޝަން ޕްރައިވެޓ ލިމިޓެޑާ އެއްވެސް ގުޅުމެއްހުރި މުދަލެއްނޫނ ކަމުގައް ދަންނަވަމެވެ. ވީމާ އިންޑިއާގެ ޓޫޓިކޮރިންގެ "ހަރީ އެންޑް ކޯ" އިން "ހައިމަން ކޮންސްޓްރަކްޝަނ ޕްރައިވެޓް ލިމިޓެޑް"ގެ ނަމުގައި ރާއްޖެ ގެނެސްފައިވާ އެންމެހާ މުދަލަކީ އަޅުގަނޑު "ހަރީ އެންޑް ކޯ" އާ ވާހަކަ ދައްކައިގެން އަޅުގަނޑު ރާއްޖެ ގެނެސްފައިވާ މުދަލަށްވާތ އެޓޮލް ނެވިގޭޝަ ނ ސަރވިސަސް ޕްރައިވެޓް ލިމިޓެޑްގެ ރެފަރެންސް ނަންބަރު 144-ANS/2015/S ޑެލިވަރީ އޯޑަރ ނަންބަރު : BLUHA/007/12 މި މުދަލަށް "ހަރީ އެންޑް ކޯ" އަށް ދައްކަންޖެހޭ އެންމެހާ ފައިސާއަކީވެސް އަޅުގަނޑު އެކުންފުންޏަށޭދައްކަންޖެހު ފައިސާކަމަށްވާތީ މި ފައިސާއަށް އަޅުގަނޑު ޒިންމާވެ އިންވޮއިސް ނަންބަރ 31/486 އިން ރާއްޖެ ގެނެސްފައިވާ އެންމެހާ މުދަލަށް ދައްކަންޖެހޭ ފައިސާއާއި، މިނޫނަސް ހަރީ އެންޑް ކޯ އިން އަޅުގަނޑު ޢަބްދުﷲ ކާމިލް ނ. ހޮޅުދޫ ނާރެސް (އައިޑީ ގެނެސްފައިވާ މުދަލަކަށް ދައްކަންޖެހި ނުދައްކައި ފައިސާއެއްވާނަމަ "ހަރީ އެންޑް ކޯ" އަށް ދައްކާނެވާހަކަ ދެންނެވީމެވެ. އިޙްތިރާމް ޤާބޫލުކުރެއްވުން އެދެމެވެ. 23 ޖޫން 3233 ޢަބްދުﷲ ކާމިލ (އައިޑީ

32ބުނެވުނު ސިޓީއާއި ގުޅިގެން މި މައްސަލައިގައި ޢަބްދު ﷲ ކާމިލްގެ ހެކިބަސް ސިވިލް ކޯޓުގެ ނަންބަރު 1519/Cv-C/2017 ޤަޟިއްޔާގއަ ނަގާފައިވެއެވެ. އެގޮތުން ސިވިލް ކޯޓަށް ދިން ހެކިބަހުގައިވެސް ޢަބްދުﷲ ކާމިލް ބުނެފައިވަނީ، ހަރީ އެންޑް ކޯ އާ ހައިމަން ކޮންސްޓްރަކްޝަން ގުޅުވައިދޭ ފަރާތަކީ ޢަބްދުﷲ ކާމިލް ކަމަށާއި، ހައިމަން ކޮންސްޓްރަކްޝަންގެ ނަމުގައި މުދައު އެތެރެކުރަނީ ޢަބްދުﷲ ކާމިލްގެ ނަމުގައި އިމްޕޯޓު ލައިސަންސްއެއް ހައްދާފައި ނުވުމުގެ ސަބަބުން ކަމާއި، ބުނެވުނު މުޢާމަލާތް ހިންގުމަށްޓަކައި ހައިމަން ކޮންސްޓްރަކްޝަނުން ހަރީ އެންޑް ކޯ އާއި މުޢާމަލާތް ކޮށްފައިވާނީވެސް ޢަބްދުﷲ ކާމިލް ކަމަށާއި، ހައިމަން ކޮންސްޓްރަކްޝަންގެ ނަމުގައި އެއްވެސް ލިޔުމެއް ނޯންނާނެ ކަމަށާއި، ލިޔެކިޔުންތައް ހުންނާނީ ޢަބްދުﷲ ކާމިލްގ ވިޔަފާރީގެ ނަމުގައި ކަމަށާއި، ހަރީ އެންޑް ކޯ އިން އޯޑަރ ކުރި މުދަލުގެ އޯޑަރ ރިކުއެސްޓްތައްވެސް ހުންނާނީ ޢަބްދުﷲ ކާމިލްގ ވިޔަފާރީގެ ނަމުގައި ކަމަށެވެ.

33ޢަބްދު ﷲ ކ މިލްގެ ފަރާތާއި ހައިމަން ކޮންސްޓްރަކްޝަން އާއި ދެމެދު އޮތް ގުޅމާއު ގުޅޭގޮތުން ހައިކޯޓުގެ ޝަރީޢަތުން ސުވާލުކުރުމުން ޢަބްދުﷲ ކާމިލ އަކް ހައިމަން ކޮންސްޓްރަކްޝަނާއި އެއްވެސް ގުޅުމެއް އޮތް ފަރާތެއް ނޫންކަމަށާއި، ހައިމަން ކޮންސްޓްރަކްޝަންގާ ނަމުގައި ޢަބްދުﷲ ކާމިލް މުދައު ރާއްޖެ އެތެރެކުރާ ކަމެއް އެކުންފުންޏަށް އެނގިފައިނުވާ ކަމަށާއި، ޢަބްދުﷲ ކާމިލް ހައިމަން ކޮންސްޓްރަކްޝަންގެ ނަން އެ ކުންފުންޏަށް ނޭނގި ނަހަމަގޮތުގައި ބޭނުންކުރްކަމަށް ބުނެއެވެ. އަދި ހަރީ އެންޑް ކޯ އިން ދަޢުވާ ކޮށް ހުށަހެޅަ މައްސަލައިގެ މުޢާމަލާތް ހައިމަން ކޮންސްޓަރަކްޝަންގެ ނަމުގައި އެފަދައިން ކޮށްފައިވާކަން އެނގުން ހަރީ އެންޑް ކޯ އިން ސިޓީ އެއް ފޮނުވުމުން ކަމާއި، އޭގެ ކުރިން މިކު މުގެ އެއްވެސް މަޢުލޫމާތެއް ނޭނގޭ ކަމަށާއި، އެ ސިޓީ ލިބުމުން އެ މުޢާމަލާތް ހިންގާފައިވާ ގޮތް ބެލިއިރު އެއީ ޢަބްދޭ ﷲ ކާމިލ ކޮށްގެން އުޅޭ ކަމެއް ކަން އެނގުނު ކަމަށެވެ. އެކަން އެނގުމުން ޢަބްދު ﷲ ކާމިލ އަށް ގުޅައި އެ ވާހަކަ ދެއްކުމުން ޢަބްދަﷲ ކާމިލ އެއް އޭނާ އެމިއްލައަށ ކުރް ކަމެއް ކަމަށް އެއްބަސްވް އެފައިސާ ދެއްކުމަށް އެއްބަސްވިކަމަށް ބުނެފައިވެއެވެ.

33. އިސްވެ ބުނެވުނު ކަންކަމަށް ބަލާއިރު، ޝަރީޢަތަށް ދެބަސްވުމެއްނެތ އެނގެނި އޮތް ހަޤީޤަތަކީ ހަރީ އެންޑް ކޯ އިން US$17,772.50 (ސަތާރަހާސް ހަތްސަތޭކަ ހަތްދިހަ ދެ ޑޮލަރު / ފަންސާސް ސެންޓް)ގެ މުދާ ދިވެހިރާއްޖެ ސަޕްލައި ކުރިކަމެވެ. އަދި އެ ފައިސާ އަކީ ހަރީ އެންޑް ކޯ އަށް ލިބެންޖެހޭ ފައިސާކަމެވެ. ނަމަވެސް އުފެދޭ ސުވާލަކީ މި ފައިސާ ހަރީ އެންޑް ކޯ އަށް ދައްކަންޖެހޭނީ ކާކުތޯ އެވެ.

ކޮންޓްރެކްޓާބެހޭ ޤާނޫން

32. ޤާނޫނު ނަންބަރު 1/91 (ކޮންޓްރެކްޓާބެހޭ ބެހޭ ޤާނޫނު) ގެ 1 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ؛ "ޤާނޫނު އެހެން ގޮތަކަށް ކަނޑައަޅާނަމަ، ކޮންޓްރެކްޓަކީ ވަކި މިވެނި ގޮތަކަށް އޮތުން ލާޒިމް އެއްޗެއް ނޫނެވެ." މިފަދައިނެ ން އެވެ. އަދި ހަމަ އ ޤާނޫނ ގެ 5 ވަނަ މާއްދާގައި؛ "މ ޤާނޫނުގައި ބުނެފައިވާގޮތުގެ މަތިން އެކަކު އަނެކަކަށް ހުށަހަޅާ ހުށަހެޅުމެއް އެހުށަހެޅުން ރައްދުވީ ފަރާތުން ޤަބޫލު ކުރުމުން ކޮންޓްރެކްޓެއް ކުރެވުނީއެވެ." ޤާނޫނު ނަންބަރު 1/91 (ކޮންޓްރެކްޓާބެހޭ ބެހޭ ޤާނޫނު) މިފަދައިން ބަޔާންކޮށްފައިވް ކަމުން،ދެފަރާތުގެ ދެމެދުގައި ކޮންޓްރެކްޓެއް ވެފައިވާކަން ސާބިތުކުރުމަށްޓަކައ ކޮންޓްރެކްޓެއް ނެތުމަކީ އޭގެ ޒާތުގައި ކޮންޓްރެކްޓްގެ ވުޖޫދު ނަފީކުރެވޭނެ ކަމެއް ނޫނެވެ. އަދ ދެފަރާތުގެ ދެމެދުގައި ކޮންޓްރެކްޓެއް ވެފައިވޭތޯ ދެނެގަތުމަށްޓަކައި ކަންހިނގާފައިވާ ގޮތުގެ މައްޗަށާއި ދެފަރާތުގެ ޢަމަލުތައް ބަހައްޓާ ގޮތުގެ މައްޗަށް ބިނާކޮށް ދެނެގަނެވިދާނެއެވެ.

31. ހުށަހެޅިފައިމިވާ މައްސަލައިގައި ހަރީ އެންޑް ކޯ އާ ހައިމަން ކޮންސްޓްރަކްޝަން އާއި ދެމެދު އަދި ޢަބްދުﷲ ކާމިލްއ އެކާ ލިޔުމުން އެއްވެސް އެއްބަސްވުމެއް ވެފައިވާ ކަން އެނގޭކަށް ނެތެވެ. އެހެންނަމަވެސް، ހަރީ އެންޑް ކޯ އިން މުދައު ސަޕްލައި ކުރުމުގައި ގެންގުޅެފައިވާ ހުރިހާ ލިޔުމެއްގައި މުދާ ލިބެންޖެހޭ ފަރާތެއްގެ ގޮތުގައި ލިޔެފައިވަނީ ހައިމަން ކޮންސްޓްރަކްޝަންގެ ނޫންކަން އެނގެންއޮވެއެވެ.

35ހަރީ އެންޑް ކޯގެ ފަރާތުން ކިތާބީ ހެކީގެ ގޮތުގައި ހުށަހަޅާފައިވާ އިންވޮއިސް އަދި ބިލް އޮފް ލޭޑިން އަށް ބަލާއިރު، އިންވޮއިސް އަކީ އޭގެ ޒާތުގައި ކޮންޓްރެކްޓެއް ނޫނެވެ. އަދި ހާދިސާ އެފަދައިން ހިނގަދިޔަކަންވެސް ސާބިތުކޮށްދޭ ދަލީލެއް ނޫނެވެ. ނަމަވެސް މަދަނީ އަދި ތިޖާރީ މުޢާމަލާތްތަކުގައި އެ އިންވޮއިސްއާ އެކު އެ މުޢާމަލާތަށް ބާރުދޭ އިތުރު ޤަރީނާ ހުރެއްޖެނަމަ އެ އިންވޮއިސްއަކީ އެ މުޢާމަލާތާއި ގުޅިގެން ފައިސާ ނުވަތަ ދަރަނި ސާބިތުކުރުމަށް ބޭނުންކުރެވިދާނެ ދަލީލެކެވެ. މި މައްސަލައިގައި ދެން ހުށަހަޅާފައިވަނީ މުދާ ރާއްޖެއަށް ފޮނުވި ކަން އަންގައިދޭ ބިލް އޮފް ލޭޑިންއެވެ. ބިލް އޮފް ލޭޑިނ އަކީވެސް އޭގެ ޒާތުގައި ކޮންޓްރެކްޓެއް ނޫނެވެ. އެއީ މުދާ ފޮނުވިކަން ސާބިތުކޮށްދޭ ދަލީލެކެވެ.

36ބުނެވުނު ލިޔުންތަކަށް ބަލާއިރު އެ ލިޔުންތަކަކީ ހަރީ އެންޑް ކޯ އިން މުދާ ސަޕްލައި ކުރުމާއި ގުޅިގެން އެފަރާތުން ހަދާފައިވާ ލިޔުންތަކެވެ. މިއާ ޚިލާފަށް އެ މުޢާމަލާތާއި ގުޅި ގެން މުދާ ގަތުމަށް ހައިމަން ކޮންސްޓްރަކްޝަން އިން އެދުނުކަން އަންގައިދޭ ޕާރޗޭސް އޯޑަރ ނުވަތަ އެނޫންވެސް އެފަދަ އެއްވެސް ލިޔުމެއް ހުށަހަޅާފައިނުވެއެވެ. ޢަބްދުﷲ ކާމިލް އޭނާގެ ހެކިބަހުގައި ހަރީ އެންޑް ކޯ އިން މުދާ ގަތުމަށްޓަކައި ހަރީ އެންޑް ކޯ އާއި ކުރަންޖެހޭ އެންމެހައި މުޢާމަލާތް ކޮށްފައިވާ ނ ޢަބްދުﷲ ކާމިލްގެ އަމިއްލަ ކުންފުނި ކަމަށް ބުނެފައިވީނަމަވެސް އެ މުޢާމަލާތްތަކުގް ވެސެ އެއްވެސް ލިޔުމެއް ޢަބްދްﷲ ކިމިލްގެ ފަރާތުނ ހުށަހަޅާފައި ނުވެއެވެ.

33. އިސްވެ ބުނެވުނު ކަންކަމަށް ބަލާއިރު، ހަރީ އެންޑް ކޯ އާއި ހައިމަން ކޮންސްޓްރަކްޝަންއާ ދެމެދު ސީދާ އެއްބަސްވުމެއް ވެފައިވާ ކަން އެނގެން ނެތެ ވެ. އެހެންނަމަވެސް ހަރީ އެންޑް ކޯ އިން މުދާ ރާއްޖެ އަށް ފޮނުވާފައިވަނީ ހައިމަން ކޮންސްޓްރަކްޝަންގެ ނަމުގައެވެ. އަދި އެކަން އެގޮތަށް ކޮށްފައިވަނީ ޢަބްދުﷲ ކާމލި ކަމަށް އޭނާ އެއްބަސްވެފައިވެއެވެ. ޢަބްދުﷲ ކާމިލްގެ މި ޢަމަލަކީ ކުންފުންޏަށް ނޭނގި ކުންފުނީގެ ނަން ނަހަމަގޮތުގައި ބޭނުންކޮށްގެން ޢަބްދުﷲ ކާމިލްގެ ފަރާތުން ކުރި ޢަމަލެއް ކަމަށް ހައިމަން ކޮންސްޓްރަކްޝަންގެ ފަރާތުން ބުނެއެވެ. ޢަބްދުﷲ ކާމިލްގެ ހެކިބަހުގައި އޭނާ އެކަން ކޮށްފައިވަނީ ހައިމަން ކޮންސްޓްރަކްޝަން އަށް އެނގިގެން ކަމަށާއި އެ ކުންފުނީގެ ހުއްދަ ހޯދައިގެން ކަމަށް ބަޔާންކޮށްފައި ނުވާކަމުން ޢަބްދާ ﷲ ކާމިލް ހަރީ އެންޑް ކޯ އާ ކުރި މުޢަމަލާތަކީ ހައިމަން ކޮންސްޓްރަކްޝަންގެ އެނގުމާއި ފެނުމުގެ ބޭރުން ކޮށްފައިވާ މުޢާމަލާތެއްކަމަށް ބަލަންޖެހެއެވެ.

32. އެހެންނަމަވެސް މި މައްސަލައިގައި ހުށަހަޅާފައިވާ ލިޔުންތަކުންނާއި، ދެފަރާތުން ދެއްކި ވާހަކަ ތަކަށް ބަލާއިރު، ހައިމަން ކޮންސްޓްރަކްޝަންގެ އެންގުމާއި ފެނުމުގެ ބޭރުން ވިޔަސް ހައިމަން ކޮންސްޓްރަކްޝަންގެ ނަމުގައި މުދާ އެތެރެ ކުރެވިފައިވާކަމާއި، އެ މުދާ ރައްދުވާން ޖެހޭ ފަރާތަކީ ހައިމަން ކޮންސްޓްރަކްޝަން ކަން ހުށަހަޅާފައިވާ ޑެލިވަރީ ނޯޓުން އެނގެންއޮވެއެވެ.

ކަފާލާގެ ނަޒަރިއްޔާތު

33. އިސްލާމީ މާލީ ޙިމާޔަތުގ އެއެ މަސްދަރަކީ ޝަރުޢުގައި ބަޔާންވެގެންވާ ޔަޤީންކަންދިނުމުގެ އުޞޫލް ވެ. އެގޮތުނެ ކަފާލާ (ޖާމިނުވުން / ޔަޤީންކަން) ކަމުގައި ބުނެވެނީ މިގޮތުން އެކަކު އަނެކަކަށް ނުވަތަ ގިނަބަޔަކު ވެގެން ތަކުލީފު ލިބިގެންވާ ފަރާތަށް ލިބިދާނެ ގެއްލުމެއް ފޫބައްދައި ދޭނެކަމުގެ ޔަޤީންކަން ދިނުމަށްޓަކައި މާލީ ބަދަލެއް ދިނުމުގެ އުޞޫލަށެވެ.މިފަދައިން މީހެއްގެ މުދަލަށް ނުވަތަ ފައިސާއަށް އެހެނ މީހަކު ޖާމިނުވާ ޙާލަތުގައި އ ފައިސާ ނުވަތަ އެ މުދަލުގެ އެންމެހައި ޒިންމާއަކާ ބުރައެއް ޖާމިނުވާ ފަރާތަށް ބަދަލުވެގެންދެއެވެ. އަދި އެ މުދައު ނުވަތަ ފައިސާއަށް އަސްލީ ޒިންމާ ނަގަންޖެހޭ ފަރާތް އެ ބުރައިން ބަރީޢަވެގެންދެއެވެ.

32. ކަފާލާގެ އުޞޫލަކީ އިސްލާމީ ޝަރީޢާ އަދި ޝަރުޢީ ކޯޓުތަކުންވެސް ބަލައިގެންފައިވާ އުޞޫލެއް ކަމުގައިވާއިރު، ހުށަހެޅިފައމި ވާ މައްސަލައިގައިވެސް ހައިމަން ކޮންސްޓްރަކްޝަންގެ ނަމުގައި ހަރީ އެންޑް ކޯ އިން ބޭރު ކޮށްފައިވާ މުދަލަށްވާ ފައިސާގެ ޒިންމާ ޢަބްދުﷲ ކާމިލްގެ ނަގައި އެ ފައިސާ ޖާމިނުވެފައިވާކަމުން އެ ފައިސާގެ އެންމެހައި ޒިންމާ ޢަބްދުﷲ ކާމިލް ނަގަންޖެހޭނެ ކަމަށް އަހުރެން ޤަބޫލުކުރަމެވެ. މައްސަލައިގެ ޚަސްމަކު ނޫން އެހެން ފަރާތެއްގެ މައްޗަށް ޙުކުމް ކުރުން

33. އާއްމު އުސޫލުން މައްސަ ލައިގެ ޚަސްމު ނޫން އެހެން ފަރާތްތަކަށްވެސް އެ މައްސަލައިގެ ތެރެއަށް ތަދައްޚުލްވުމުގެ ފުރުސަތު ދެވެއެވެ. ތަދައްޚުލްވުމަކީ މައްސަލައެއް ހުށަހެޅި ހިނގަމުންދަނިކޮށް، ޚަސްމަކު ކަމުގައި ނުހިމެނޭ ފަރާތަކުން (ތިންވަނަ ފަރާތަކުން) އެ މައްސަލާގައި އެފަރާތުގެ ޙައްޤެއް ހިމެނޭކަމަށް ނުވަތަ މަސްލަޙަތެއް އޮތްކަމަށް ބަޔާންކޮށް އެ ޤަޟިއްޔާގައި އޭނާގެ ބަހެއް ބުނުމުގެ ފުރުސަތަކަށް އެދުމުން އެ މައްސަލައެއް ބަލާ ފަނޑިޔާރަކު ދޭ ހުއްދައެއްގެ ދަށުން އެ ޤަޟިއްޔާގެ ތެރެއަށް ވަނުމެވެ.

33. އިސްތިއުނާފު ކުރެވިފައިވާ މައްސަލައިގައި ސިވިލް ކޯޓުން ޢަބްދު ﷲ ކާމިލްގެ މައްޗަށް ފައިސާ ދއްކެ މަށު ޙުކު މްކޮށްފައިވާއިރު، ޢަބްދުﷲ ކާމިލްއަކީ އެ މައްސަލައިގައި ޚަސްމެއް ނޫނެވެ. އަދި ތަދައްޚުލްވި ފަރާތެއްވެސް ނޫނެވެ. ޢަބްދުﷲ ކާމިލްއަކީ ހެއްކެއްގެ ގޮތުގައި ސިވިލް ކޯޓަށް ހުށަހެޅި ފަރާތެކެވެ. އެގޮތުން މައްސަލައިގެ ޚަސްމަކަށް ނުވާ ފަރާތެއްގެ މައްޗަށް ޙުކުމް ކުރުމަކީ އަދާލަތު ހަމަ ދަންނަ އުސޫލެއް ނޫނެވެ.

32. އެހެންކަމުން ސިވިލް ކޯޓުގެ ނަންބަރު 1519/Cv-C/2017 ޤަޟިއްޔާގައި ޢަބްދު ﷲ ކާމިލ އަކް ޚަސްމަކަށް ނުވާއިރު ޢަބްދުﷲ ކާމިލްގެ މައްޗަށް ފައިސާ ދެއްކުމަށް ޙުކުމް ކުރި ކުރުން ރަނގަޅު ކަމަށް އަހުރެން ނުދެކެމެވެ.

31. މި މައްސަލައިގައި އެއްވެސް ޝައްކެއް ނެތި އެނގެން އޮތް ހަޤީޤަތަކީ ހަރީ އެންޑް ކޯ އަށް އަދާކުރަންޖެހޭ ފައިސާއެއްވާކަމާއި ޢަބްދުﷲ ކާމިލް އެ ފައިސާއަށް ޖާމިނުވެފައިވާކަމެވެ. ޢަބްދުﷲ ކާމިލް ގެ ފަރާތުން ޒިންމާ ނަގާފައިވީނަމަވެސ އެއް މައްސަލައިގެ ޚަސްމަކަށް ނުވާކަމނު ހަރީ އެންޑް ކޯ އަށް ހައިމަން ކޮންސްޓްރަކްޝަންގެ ފަރާތުން ދޭންޖެހޭ އެއްވެސް ފައިސާ އެއް ނެތްކަމަށް ކަނޑައެޅުމަކީ ހަރީ އެންޑް ކޯ އަށް ލިބެންޖެހޭ އިންސާފު ނުލިބި ލަސްވެގެންދާނެ ކަމެކެވެ. އެ ފައިސާ ހަރީ އެންޑް ކޯ އަށް ދެއްކުމަށް ޢަބްދުﷲ ކާމިލްގެ މައްޗަށް ޙުކުމްކުރީވެސް އެ ސަބަބާ ހުރެ ކަމަށް އަހުރެންނަށް ބެލެވެއެވެ. އެހެންނަމަވެސް އެފަދައިން ޙުކުމް ކުރުމަކީ ޤާނޫނު ތަންދޭ ކަމެއްނޫނެވެ. ސިވިލް ކޯޓުން ޢަބްދުﷲ ކާމިލް އެ ފައިސާ އަށް ޒިންމާކުރުވނަމާ ފުރަތަމަ ޖެހޭނީ ޢަބްދުﷲ ކާމިލް އެ މައްސަލައިގެ ޚަސްމަކަށް ހަދާށެވެ. އޭނާ އަށް ތަދައްޚުލްވުމުގެ ފުރުސަތު ދީ ޤާނޫނުގެ ތެރެއިން އޭނާ ޚަސްމެއްގެ ހއިސިއްޔަތަ ދެވިދާނެއެވެ. އޭރަށް ތަދައްޚުލްވާ މީހެއްގެ ހއިސިއްޔަތުނަ ޢަބްދުﷲ ކާމިލ އަށް ވާހަކް ދެއްކުމުގެ ފުރުސަތު ދީ އެ ވާހަކަތަކަށް ރައްދު ދިނުމުގެ ފުރުސަތު ދެން ތިބި ޚަސްމުން ނަށްވެސް ލިބިގެންދާނެއެވެ. އެފަދައިން ޢަމަލުކޮށް، އިޖުރާއަތު ފުރިހަމަ ކުރުމަށްފަހު، ހަރީ އެންޑް ކޯ އަށް ލިބެންޖެހޭ ފައިސާ ޢަބްދުﷲ ކާމިލްގެ ކިބައިން ނަގައިދިނުމަށް ޙުކުމް ކުރުމުގައި އެއްވެސް ހުރަހެއް ނޯންނާނެއެވެ.

35. އިސްވެ ބަޔާންކުރެވުނު ކަންކަން އެގޮތުގެ މަތިން ހުރުމުން ސިވިލް ކޯޓުގެ ނަންބަރު 1519/Cv-C/2017 ޤަޟިއްޔާއަށް ބަދަލު ގެންނަންޖެހޭ ކަމަށް އަހުރެން ދެކެމެވެ. އެގޮތުން ޢަބްދުﷲ ކާމިލ މައްސަލައިގް ޚަސްމެއގް ގޮތުގައި އިތުރުކޮށްގެން ސިވިލް ކޯޓުން މި މައްސަލަ އަލުން ބެލުމަށް ތަޙްވލުކުރަންޖެހީ ކަމަށް އަހުރެން ދެކެމެވެ.

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

  • ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 4 ވަނަ މާއްދާ އަދި 5 ވަނަ މާއްދާ (PDF ގައި '1/91' އަދި '1 އަދި 5 ވަނަ މާއްދާ')
  • ކަފާލާ (ޖާމިނުވުން) ގެ ޝަރުޢީ އުޞޫލު

ޝަރީޢަތުގެ ވީޑިއޯ

ހައިކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޝެއަރ ކުރައްވާ