ނާޞިރާ މުޙައްމަދު ދިދީ ވ. މާލޭ ސިޓީ ކައުންސިލް
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- ސިވިލް ކޯޓު 3129/Cv-C/2019
- ފަހުގެ ތާރީޚު
- ސުޕްރީމް ކޯޓު: 2021/SC-A/25 — ހައިކޯޓުގެ ޙުކުމް ދަމަހައްޓާފައި
ކޯ ޓާމްސް
ޚުލާޞާ
- ކޯޓަށް އައި ގޮތް
- ދެފަރާތް ޞުލްޙަވީ ގޮތުގެ މަތިން، 130/MD/76 ޤަޟިއްޔާގައިވާ ގޮތަށް ގޯޅިމަގަކީ މ. ހަރިޔާނާގެ ބައެއްކަމުގައި ހަމަޖައްސައި ރަޖިސްޓްރީ ބަދަލުކުރުމަށް މާލޭ ސިޓީ ކައުންސިލަށް ސިވިލް ކޯޓުން ޙުކުމްކުރިއެވެ.
- ވާޤިޢާ
- މ. ހަރިޔާނާއަށް ވަދެވެން އޮންނަ ގޯޅިމަގަކީ ބަންޑާރަ ގޯޅިއެއްކަމަށް މާލޭ ސިޓީ ކައުންސިލުން ކުރިން އިސްތިއުނާފުކުރާ ފަރާތަށް ބުނެފައިވާއިރު، ހަރިޔާނާގެ ވެރިފަރާތުން ސިވިލް ކޯޓަށް ދަޢުވާކުރުމުން ކައުންސިލުން އެއީ ހަރިޔާނާގެ އިމުން ނަގާފައިވާ ގޯޅިއެއްކަމަށް އިޢުތިރާފުވިއެވެ. އިސްތިއުނާފުކުރާ ފަރާތް އެ ގޯޅިއަށް ދޮރުކަނޑައި ބޭނުންކުރަމުން އައެވެ.
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ދަށުކޯޓުގެ ޤަޟިއްޔާގެ ފަރާތެއް ނޫން މީހަކަށް އެ ޙުކުމް އިސްތިއުނާފުކުރެވޭތޯ؛ އަދި މ. ހަރިޔާނާއަށް ވަދެވެން އޮންނަ 234 އަކަފޫޓުގެ ގޯޅިމަގަކީ ބަންޑާރަ ގޯޅިއެއްތޯ ނުވަތަ ވާރިޘުންގެ މެދުގައި ގޯތި ބައިކުރިއިރު އެ ގޯތީގެ ބަޔަށް ވަނުމަށް ނަގާފައިވާ ގޯޅިއެއްތޯ.
- ޚަޞްމުންގެ ހުށަހެޅުންތައް
- އިސްތިއުނާފުކުރާ ފަރާތުން ބުނީ ބިމާބެހޭ ޤާނޫނާއި ހެއްކާބެހޭ ޤާނޫނަށް ރިޢާޔަތްނުކޮށް، 130/MD/76 ޤަޟިއްޔާއާ ޚިލާފު މަޢުލޫމާތެއްގެ މައްޗަށް، ކައުންސިލުގެ އިޢުތިރާފަށް ބިނާކޮށް ޙުކުމްކުރީ ކަމަށާއި، ގޯޅި ބަންދުވެއްޖެނަމަ އޭނާގެ ޢިމާރާތަށް ގެއްލުން ލިބޭނެ ކަމަށެވެ.
- ކޯޓުގެ ސަބަބުތައް
- އަޣްލަބިއްޔަތުގެ ރައުޔުގައި، ގޯތި ބައިކުރުމުގެ ކުރިން ގޯޅިއެއް ނެތުމާއި، އަޙްމަދު ނަޞީރަށް ލިބުނު ބަޔަށް ވަދެވޭނެ އެހެން ގޮތެއް ނެތުމާއި، ބިމުގެ ނިސްބަތްތަކަށް ބަލާއިރު، ގޯޅިއަކީ އެ ބަޔަށް ވަނުމަށް ނަގާފައިވާ ގޯޅިއެއް ކަމަށް ބުރަވާތީ ޙުކުމް ޞައްޙައެވެ. ޚިލާފު ރައުޔުގައި އިސްތިއުނާފުކުރާ ފަރާތަށް މަޞްލަޙަތެއް ނެތުމުން ފޯމު ބާޠިލުކުރަން ފެނުނެވެ.
ނިންމުން
ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައިއިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ޙުކުމް ޤާއިމް (އަޣްލަބިއްޔަތުން)
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 ދަށުކޯޓުގެ ޤަޟިއްޔާއެއްގެ ފަރާތަކަށް ނުވިޔަސް، އެ ޤަޟިއްޔާ ނިމުނު ގޮތުން އޭނާގެ ޙައްޤަކަށް އުނިކަން ލިބިއްޖެކަމަށް ޤަބޫލުކުރާ ސަބަބުތަކެއް ހުރި މީހަކަށް އެ ޤަޟިއްޔާ އިސްތިއުނާފުކުރުމަކީ ޤާނޫނުއަސާސީން ލިބިދޭ ޙައްޤެކެވެ؛ އެހެންކަމުން އެފަދަ އިސްތިއުނާފެއްގެ ފޯމު ބާޠިލެއް ނުކުރެވޭނެއެވެ.
HN2 ގޯޅިމަގަކީ ބަންޑާރަ ގޯޅިއެއްތޯ ނުވަތަ ގޯތީގެ ގޯޅިއެއްތޯ ސާފުކުރުމަށް އެންމެ މުހިންމު ލިޔުމަކީ ގޯތި ބައިކުރި ޤަޟިއްޔާ ނިމުނު ގޮތާއި އެ ޤަޟިއްޔާގައި ބަޔާންކުރާ ކުރެހުމެވެ.
HN3 ގޯއްޗެއް ބަހައިދީ ނިންމާއިރު، އެއިން ބަޔަކަށް ވަދެވޭނެ ގޮތެއް ނެތި ތަޅުލެވިފައި އޮންނަ ގޮތަކަށް ބައެއް ލިބިދިނުމަކީ ޝަރުޢީ، ޤާނޫނީ އަދި ބުއްދީގެ ހަމައަކުންވެސް ޤަބޫލުކުރެވޭނެ ކަމެއް ނޫނެވެ.
HN4 ސާފުކޮށް އެނގެން ނެތް ކަންކަން ދެނެގަނެވޭނީ އެކަމާ ގުޅިފައިވާ ފެންނަން ހުރި އެހެން ކަންކަމުގެ އަލީގައެވެ؛ މި މައްސަލައިގައި ގޯތި ބެހި ގޮތާއި ބިމުގެ ނިސްބަތްތަކަށް ބަލާއިރު، ޚުޞޫމަތު އުފެދިފައިވާ ގޯޅިއަކީ އަޙްމަދު ނަޞީރުގެ ބަޔަށް ވަދެނުކުތުމަށް އޭނާއަށް ލިބޭ ބައިގެ ތެރެއިން ނެގިފައިވާ ގޯޅިއެއްކަމާއި، އެހެން ބެހެނިވެރިންގެ އެއްމެދު ގޯޅިއެއް ނޫންކަން މަދަނީ މިންގަނޑުން ބުރަވެއެވެ.
HN5 ގޯތި ބައިކުރި ޤަޟިއްޔާގައި ވާރިޘެއްގެ ގޮތުގައި ބަޔާންދީ ސޮއިކޮށްފައިވާ ފަރާތަށް، ބައިކުރި ގޮތާމެދު ޚުޞޫމަތެއް އޮތްނަމަ އޭރު އޮޅުންފިލުވުމުގެ ފުރުޞަތު އޮތެވެ؛ އެ ވަގުތު ސުވާލެއް ނުއުފެއްދުމުން، ގޯޅި ނެގުނު ގޮތާއި ސަބަބު ވާރިޘުންނަށް އެނގިފައިވާކަމަށް ބުރަވެވެއެވެ.
ވަކީލުންނާއި ފަނޑިޔާރުން
- ވަކީލުން
- —
- ބެންޗު
- ޙަސަން ޝަފީޢު، ހާތިފް ޙިލްމީ، މުޙައްމަދު ނިޔާޒް
- ރިޔާސަތު
- —
- ރައުޔު ލިޔުނު ފަނޑިޔާރު
- މުޙައްމަދު ނިޔާޒް · ތާއީދުކުރެއްވީ: ހާތިފް ޙިލްމީ
- ޚިލާފު ރައުޔު
- ޙަސަން ޝަފީޢު
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.
ފަނޑިޔާރު ޙަސަން ޝަފީޢުގެ ރައުޔު
ތަޢާރަފު
1މިއީ، ސިވިލް ކޯޓްގެ ނަންބަރު 3129/Cv-C/2019 ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއް ގޮތްނޫން ކަމަށްބުނެ އެ ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް އެދި […] ނާޞިރާ މުޙައްމަދުދީދީ ()ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބލަ ފައިވާ ޤަޟިއްޔާއެކެވެ. މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ، މާލޭ ސިޓީ ކައުންސިލްގެ އިދާރާއެވެ. އަދި ތަދައްޚުލްވި ފަރާތަކީ […] އަޖްވާދ މުޙައްމަދު ދީދީއެވެ.
ކަންހިނގާފައިވާ ގޮތް
0. […] އެވާ ކިޔާ ގޯއްޗަށް ވަދެނުކުތުމަށް އޮންނަ 100 (ދުއިސައްތަ ތިރީސް ހަތަރެއް) އަކަފޫޓުގެ ގޯޅިމަގަކީ ބަންޑާރަ ގޯޅިމަގެއްތޯ ނުވަތަ އެއީ އެ ގޯތީގެ އިމުން ނަގާފައިވާ ގޯޅި މަގެއްތޯ ސުވާލު އުފެދި އެކަން ޚުޞޫމަތަކަށްވިއެވެ.
2[…] ވަދެވެން އޮންނަ ގޯޅިމަގަކީ ސަރުކާރު ގޯޅިމަގެއްކަނ ނުވަތް ނޫންކަން ސާފުކޮށްކޮށްދިނުމަށް އެދި […] ނާޞިރާ މުޙައްމަދުދީދީ މާލޭ ސިޓީކައުންސިލގެ އިދާރާއަށު 12 ފެބްރުއަރީ 1420 ގައި ސިޓީއެއްލިޔުނެވެ. އަދި އެ ސިޓީ ހަމަ އެ ތާރީޚުގައި މާލޭ ސިޓީ ކައުންސިލްގެ އިދާރާއަށު ލިބުނެވެ. އަދި އެ ސިޓީގެ ޖަވާބު 22 ފެބްރުއަރީ 1420 ގައި މާލޭ ސިޓީ ކައުންސިލް ގެ އިދާރާއިން ދިނެވެ.
2. ބުނެވިދިޔަ ސިޓީއާ ގުޅިގެން މާލޭ ސިޓީ ކައުންސިލުން […] ނާޞިރާ މުޙައްމަދުދީދީއަށް ޖަވާބުދީފައިވަނީ އެ އިދާރާގައި ހުރި ޗާޓު ދައްކާ ގޮތުން […] އެވެ، ކިޔާ ގޯއްޗަށް ވަދެނިކުމެވާ ގޯޅިމަގުގެ އޭރިއާ އެ ގޯތީގެ އިމުގެ ތެރޭގައި ހިމެނިފައި ނުވާކަމަށާއި އެ ގޯޅިމަގަކީ ބަންޑާރަ ގޯޅިއެއްކަމަށެވެ.
5އެހެންކަމުން، ބުނެވިދިޔަ ގޯޅިމަގާމެދ އުފެދުނު ޚުޞޫމަތު އަޖުވާދު މުޙައްމަދުދުދީދީގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅިއެވެ.
ސިވިލް ކޯޓަށް ހުށަހެޅި ދަޢުވާ
6އަޖުވާދު މުޙައްމަދުދީދީ ސިވިލް ކޯޓަށް ހުށަހެޅި ދަޢުވާގެ ޞީޣާ ގައި ބުނެފައިވަނީ: " […] އެވެކިޔާ ބަންޑާރަ ގޯތި ވާރިޘުންގި ފަރާތްތަކުގެ މެދުގައި 2211ވަނަ އަހަރު ބަހައިގެން ބެހެނިވެރިންގ ގޮތުގައެ ތިބި ފަރާތްތަކުގެ ތެރެއިން ތިން ފަރާތްށް ލިބިފައިވަނި މަގުމަތިން ވަދެވޭގޮތަށ ކަމަށްވެފައިއޭގެތެރެއިނ އަޙްމަދް ނަޞީރަށް ލިބިފައިވާ ބަޔަކީ މިދެންނެވި ގޯތީގެ ހުޅަނގު ދެކުނުބައ ކަމަށްވެފައ މަހުކަމަތުލް ޝަރީޢާގެ ޤަޟިއްޔ 130/MD/76ގެ ދަށުން ބަހައިގެން ޑިޕާޓްމަންޓް އޮފް ހޯމްއެފެއާޒް / ރަޖިސްޓްރޭޝަންސް ޑިވިޝަން އިންޖަހާ ވަކިކޮށްފައިވަނިކޮށް، މި ބަޔަށް ވަނުމަށްޓަކައި މިގޯތީގެ ތެރެއިން ބައެއް ނަގައިގެން ބޭނުންކުރަމުން ދިޔަ ސަރަޙައްދު އަޅުގަނޑަށް އެންގުމަކާނުލައި އާންމުންގެ ބަޔަކަށް ބޭނުންކުރުމުގެ ހުއްދަ މާލޭ ސިޓީ ކައުންސިލުން ޤާނޫނާއި ޤަވާއިދާއި ޚިލާފަށް ވަނީ ދީފައެވެ. އެހެންކަމުން އިސްވެ ދެންނެވި މަހުކަމަތުލް ޝަރީޢާގެ ޤަޟިއްޔާ 130/MD/76ގައި ވާގޮތުގެ މަތިން […] ގޯތިން ނަގާފައިވާ 100 އަކަފޫޓަކީ ހަމައެކަނި […] ބައެއްކަމުގައި ހަމަޖައްސައި ދެއްވުން އެދެމެވެ. މިހެން މިދެންނެވ ހަރިޔާނާގެ ގޯއްޗަށް ވަދެނުކުމެވޭނެ އިތުރު އެއްވެސް ގޮތެއް ނަންބަރު B.No:225ގެ ޗާޓުން ވެސް އެނގެން އޮންނާތީއެވެ." މި ފަދައިންކަނ އެނގެން އޮވެއެވެ.
3އަދި އެ ޤަޟިއްޔާގައި ޙުކުމްކޮށްފައިވަނީ: " ދެންފަހެ، […] އެވެކިޔާ ބަންޑާރަ ގޯތި ވާރިޘުންގެ މެދުގައި 2211 ވަނަ އަހަރްބަހައިގެން ބެހެނިވެރިންގެ ގޮތުގައު ތިބި ފަރާތްތަކުގެ ތެރެއިން ތިން ފަރާތަކަށް މަގުމަތިން ވަދެވޭގޮތަށް ބައި ލިބިފައިވީނަމަވެސް އޭގެތެރެއިން އަޙީމަދ ނަޞީރަށް ލިބިފައިވާ ބަޔަކިމިދެންނެވި ގޯތީގެ ހުޅަނގު ދެކުނުބައިކަމަށްވެފައި މަރކަންޓައިލު ޑވިޝަން ނަންބަރ 130/MD/76 ޤަޟިއްޔާއިން ބަހައިގެން ޑިޕާޓްމަންޓް އޮފް ހޯމްއެފެއާޒް / ރަޖިސްޓްރޭޝަން ޑިވިޝަނ އިން އިންޖަހާ ވަކިކޮށްފައިވަނިކޮށް، މި ދެންނެވި ބަޔަށް ވަނުމަށްޓަކައ މި ގޯތި ތެރެއިން ބައެއް ނަގައިގެން ބޭނުންކުރަމުން ދިޔަ ސަރަޙައްދު […] / މާލެ، އަޖުވާދު މުޙައްމަދު ދީދީ (ދ.ރ.ކާޑް: ) ގެ އެންގުމަކާނުލައި އާންމުންގެ ބަޔަކަށް ބޭނުންކުރުމުގެ ހުއްދަމާލޭ ސިޓީ ކައުންސިލުން ޤާނޫނާއި ޤަވާއިދާއި ޚިލާފަށް ދީފައިވާތީ، ދެންނެވުނު މަރކަންޓައިލް ސިވިލް ކޯޓުގެ ނަންބަރު 3129/Cv-C/2019 ޤަޟިއްޔާގެ ދަޢުވާ ފޯމުގެ 1 ވަނަ ނަންބަރު ޑިވިޝަންގެ ނަންބަރ 130/MD/76 ޤަޟިއްޔާގައިވާގޮތުގެ މަތިން […] ގޯތިން ނަގާފައިވާ 100 އަކަ ފޫޓަކީ ހަމައެކަނި […] ބައެއްކަމުގައި ހަމަޖައްސައި ދިނުމަށްއެދި މާލޭ ސިޓީ ކައުންސިލްގެ މައްޗަށް އަޖުވާދު މުޙައްމަދުދިދީ ދަޢުވާކޮށްފައި ވާކަމާއި، ދަޢުވާލިބޭ މާލޭ ސިޓީ ކައުންސިލްގެ ފަރާތުން މިދަޢުވާއަށް އިޢްތިރާފުވެ، މިދަޢުވާއާއި ގުޅިގެން ހޯދަންއެދިފައިވ މާލާ ބަދަލު މަޢާ ފުކޮށް، މަރކަންޓައިލް ޑިވިޝަންގެ ނަންބަރު 130/MD/76 ޤަޟިއްޔާގައިވާ ގޮތުގެ މަތިން […] އެވެކިޔާ ގޯތީގެ އިމުން ނަގާފައިވާ 100 އަކަފޫޓުގެ ބިމަކީ […] ބައެއްކަމުގައި މިއަދުން ފެށިގެން 24 (ދިހައެއް) ދުވަހުގެ ތެރޭގައި ހަމަޖައްސައި، އެގޮތުގެމަތިން […] އެވެކިޔާ ބަންޑާރަ ގޯތީގެ ރަޖިސްޓްރީ ބަދަލުކުރުމުގެ ފުރުސަތަކަށް އެދި ހުށަހެޅުމުން ދަޢުވާކުރާ ފަރާތުން މި ހުށަހެޅުން ޤަބޫލުކޮށް ދެފަރާތް ޞުލްހަވީ ހިނދު؛ މި ދަޢުވާގައި ދެފަރާތް ޞުލްޙަވީގޮތުގެ މަތިން، މަރކަންޓައިލް ޑިވިޝަން ނަންބަރު 130/MD/76 ޤަޟިއްޔާގައިވާގޮތުގެ މަތިން […] އެވެކިޔާ ގޯތީގެ އިމުން ނަގާފައިވާ 100 އަކަފޫޓުގެ ބިމަކީ […] ބައެއްކަމުގައި މިއަދުން ފެށިގެން 24 (ދިހައެއް) ދުވަހުގެ ތެރޭގައި ހަމަޖައްސައި، އެގޮތުގެމަތިން […] އެވެކިޔާ ބަންޑާރަ ގޯތީގެ ރަޖިސްޓްރީ ބަދަލުކުރުމަށް މާލޭ ސިޓި ކައުންސިލް އަށް އަންގައި ޙުކުމް ކޮށްފީމެވެ." މި ފަދައިންކަނ އެނގެން އޮވެއެވެ.
އިސްތިއުނާފަށް ހުށަހެޅުނު ނުކުތާތައް
8ސިވިލް ކޯޓް ގެ ނަންބަރު 3129/Cv-C/2019 ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނޫން ކަމަށްބުނެ އެ ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް އެދު […] ނާޞިރާ މުޙައްމަދު ދީދީގެ ފަރާތުން އަންނަނިވި ނުކުތާތައް ހުށަހަޅާ އެނުކުތތަކާ ބެހޭ ގޮތުނާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. އެގޮތުން ހުށަހަޅާފައިވާ ނުކުތާތަކަކީ:
8.2 ޤަނޫނު ނަންބަރ 1441/2 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤަނޫނު) ގ 24ވަނަ މާއްދާ އަދި 21ވަނަ މާއްދާއަށް ރިޢޔަތްނުކާށ މައްސަލް ނިންމާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ އާއި؛
8.1 […] އެވެ ކިޔާ ބަންޑާރަ ގޯތި ވާރިޘުންގެ މެދުގައި ބެހުމަށް 12/0/2211 ގައި މަރކަންޓައިލަޑްވިޝަންށިހުށަހެޅުމުނ ކުރިއަށް ގެންދެވުނު މަރކަންޓައިލު ޑިވިޝަންގެ ނަންބަރ ސިވިލް ކޯޓުގެ ނަންބަރު 3129/Cv-C/2019 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓް 130/MD/76 ޤަޟިއްޔާގައި ކަނޑައަޅާފައިވާކަމަށް ބުނެ ދީފައިވާ ޙަޤީޤަތާއި ޚިލާފު ތެދުނޫން މަޢުލޫމާތުގެ މައްޗަށް ޝަރީޢަތް ހިންގައި މައްސަލަ ނިންމާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ އާއި؛
8.0 ސިވިލް ކޯޓުގެ ނަންބަރ 3129/Cv-C/2019 ޤަޟިއްޔާ އެ ކޯޓުގައި ކުރިއަށް ގެންގޮސް ނިންމި ނިންމުމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 01ވަނަ މާއދާގް (ށ) އާއި ޚިލާފަށް ނިންމާފައިވާ ނިންމުމެއްކަމަށް ބުނެ ހުށަހެޅި ނުކުތާ އަދި
8.0 ޤާނޫނު ނަންބަރ 11/10 (ހެއްކާބެހޭ ޤާނޫނު) ގ 0 ވަނަ މާއްދާއާއި ޚިލާފަށް ސިވިލ ކޯޓުގެ ނަންބަރ 3129/Cv-C/2019 ޤަޟިއްޔާގައި ޙުކުމް ކޮށްފައިވާކަމަށބުނެ ހުށަހެޅި ނުކުތާއެވެ.
އިސްތިއުނާފުކުރާ ފަރާތުން އެދޭގޮތް
3. އިސްތިއުނާފުކުރާފަރާތުން އެދިފައިވަނީ: "ދަޢުވާކުރާ ފަރާތަށް […] ލިބިފައިވާ 010.5 (ދުއިސައްތަ ބާރަ ޕޮއިންޓް ފަހެއް) އަކަފޫޓުގެ ބިމުގައި0 ބުރިއަށ އިމާރާތް ކުރުމުގެ ހުއްދައާއި ދޮރުކެނޑުމުގެ ހުއްދަ، އަދި ޢިމާރާތް ބޭނުންކުރުމުގެ ހުއްދަ، ދަޢުވާ ލިބޭފަރާތުން ދިނުމަށްފަހު، ދަޢުވާކުރާ ފަރާތުން އެބިމުގައި އިމާރާތްކޮށް ނިމި ޢިމާރާތް ބޭނުން ކުރު މުންދަނިކޮށ އިމާރާތަށް ވަދެނުކުމެވ ގޮތަށް ހަދާފައިވާ ގޯޅިއަކީ، އެއްވެސް ގޯއްޗަކަށް ނިސްބަތްވުމެއްނެތ ގޯޅިއެއްކަމަށް މާލް ސިޓީކައުންސިލް އިދާރާގެ ނަންބަރ G1/INDIV/2015/89-(MISL)425 ސިޓީން އެންގުމަށްފަހު، އަމިއްލަ ފަރާތަކުން ކޯޓަށް ހުށަހެޅި މައްސަލައެއްގެ ތެރެއިން މާލެ ސިޓީކައުންސިލްގެ އިދާރާ ތަމްސީލުކުރުމަށް ހާޟިރުވި ފަރާތުން މި ބުނެވުނު ގޯޅިއަކީ ވަކި ފަރާތެއްގެ ތަނެއްކަމަށް ބުނުމުން އެގޮތުގެ މަތިން ޙުކުމްކޮށް އެ މައްސަލަ ނިންމާފައިވާތީ، އަދި އެކަމުގެ މަޢުލޫމާތު ދަޢުވާ ކުރާފަރާތަށް ލިބިފައިވަނީ 1414 ޖުލައި 40 ވަނަ ދުވަހު ކަމަށްވެފައި، މިބުނެވުނު ގޯޅިއަށް ކަނޑާފައިވާ ޢިމާރާތަށް ވަދެ ނިކުމެވޭގޮތަށް ހަދާފައިވާ ދޮރުތައް ބަންދުވާ ގޮތަށް ފާރު ރާނަމުންދާތީ، މި ބުނެވުނު ގޯޅި ބަން ދުވެއްޖ ނަމެ ދަޢުވަ ކުރާފަރާތަށް […] ލިބިފައިވާ 010.5 (ދުއިސައްތަ ބާރަ ޕޮއިންޓް ފަހެއް) އަކަފޫޓުގެ ބިމުގައި 0 ބުރިއަށް ހަދާފައިވާ އިމާރާތުގައި ދިރިއުޅޭ ފަރާތްތަކަށް ލިބިދާނޭ އިއާދަނުކުރެވޭނޭ ގެއްލުންތަކުން ސަލާމަތްވުމަޓަކައި، އަދި މި ބުނެވޭ ގޯޅިއަށް ދޮރުކެނޑޭނޭ ގޮތަށް ޢިމާރާތްކުރުމުގެ ހުއްދަދީ ކުރެހުން ފާސްކޮށްދީ، އަދި ޢިމާރާތްކޮށް އެ ޢިމާރާތް ބޭނުންކުރުމުގެ ހުއްދަދިނުމަށްފަހު އޭގެ މާފަހުގެ ތާރީޚެއްގައި (5 ފަހެއް އަހަރު ފަހުން) މި ބުނެވޭ ގޯޅިމަގަށް ދޮރުކަނޑައި ގޯޅަމަގު ބޭނުންކުރަމުންދާ އެއްވެސ ފަރާތަކަށް އެންގުމެއްނެތި މާލެ ސިޓީކައުންސިލް އިދާރާގެ ފަރާތުން ދުއުލަތުގެ ބަންޑާރަ ބިމެއް އެއީ ވަކި މީހެއްގެ ބިމެއްކަމަށް ބުނު އިޢތިރާފްވެ ބަޔާންދިނުމުން ނިންމާފައިވާ ސިވިލްކޯޓުގެ ނަންބަރ 3129/Cv-C/2019 ޤަޟިއްޔާގެ ޙުކުމް އެގޮތުގެ މަތިން ކުރުމަށްފަހު ދިގުމުއްދަތެއް ހޭދަވުމަށްފަހު، […] ލިބިފައިވާ 010.5 (ދ އިސައްތ ބާރަ ޕޮއިންޓް ފަހެއް) އަކަފޫޓުގެ ބިމުގައި 0 ބުރިއަށް ހަދާފައިވާ އިމާރާތުގައި ދިރިއުޅޭ ފަރާތްތައް ގެޔަށް ވަދެ ނުކުތުމަށް ހަދާފައިވާ ދޮރުތައް ބަންދުވާ ގޮތަށް ފާރު ރާނަމުންދާތީ، ޢިމާރާތަށް ވަދެ ނިކުމެވާނޭ ގޮތް ނެތިދާނެ ކަމަށްޓަކައި، އެކަން އެގޮތަށް ނުކުރުމަށް ކަމާބެހޭ ފަރާތްތަކަށް އަންގައި ވަގުތީ އަމުރެއް ނެރެދީ، އަދި އިސްވެ ފާހަގަކުރި ނުކުތާތަކުގައި ބަޔާންކުރެވުނު ކަންކަން އެގޮތަށް ހުރުމުން، ސިވިލް ކޯޓުގެ ނަންބަރު 3129/Cv-C/2019 ޤަޟިއްޔާގައި އެ ކޯޓުން ކުރައްވާފައިވާ ޙުކުމަކީ ބާޠިލު ޙުކުމެއްކަމުގައި ކަނޑައަޅައި މައްސަލައިގައި ފައިޞަލާކުރަނިވި ޙުކުމެއް އިއްވަވައި ދެއްވުން" މިފަދައިންކަން އެނގެން އޮވެއެވެ. ހުށަހެޅިފައިވާ އިސްތިއުނާފ ގުޅިގެނާ ޝަރީޢަތައް ފާހަގަކުރެވޭ ކަންކަން
12[…] އެވާ ކިޔާ ގޯއްޗަށް ވަދެނުކުތުމަށް އޮންނަ 100 (ދުއިސައްތަ ތިރީސް ހަތަރެއް) އަކަފޫޓުގެ ގޯޅިމަގާމެދު އުފެދުނު ޚުޞޫމތަ ވަނީ ސިވިލް ކޯޓުގެ ޑިސްޕިއުޓް ރިޒޮލިއުޝަން މަރުޙަލާއިން ޙައްލުވެފައެވެ. އެގޮތުން އަޖު ވާދު މުޙައްމަދދީދު ސިވިލް ކޯޓަށް ހުށަހެޅި ދަޢުވާއަށް މާލޭ ސިޓީ ކައުންސިލުގެ ފަރާތުން އިޢުތިރާފުވެފައިވެއެވެ. އަދި އެ ގޯޅިމަގަކީ […] އެވާ ކިޔާ ގޯތީގެ އިމުން ނަގާފައިވާ ގޯޅިމަގެއްކަމުގައި މާލޭ ސިޓީ ކައުންސިލގު އިދާރާއިން ބުނެފައިވެއެވެ. އަދި އެއީ ބަންޑާރަ ގޯޅިމަގެއްކަމަށް ކުރިން ބުނެވިފައިވަނީ އޮޅުމަކުން ކަމަށް ބުނެފައިވެއެވެ. އިސްތިއުނާފުކުރުމަށް ހުށަހަޅާފައިވާފޯމުގެ 24 ވަނަ ނަންބަރު ސިވިލް ކޯޓުގެ ނަންބަރު 3129/Cv-C/2019 ޤަޟިއްޔާގެ ޙުކުމް
11. ސިވިލް ކޯޓުގެ ޤަޟިއްޔާ އަކީ ދައުލަތުގެ އިދާރާއެއް ހިމެނޭ އިދާރީ ޠަބީޢަތުގެ ދަޢުވާއެއް ހުށަހެޅުމުން ބެލުނު ޤަޟިއްޔާއެކެވެ. އެ ޤަޟިއްޔާ މި ކޯޓުގައި އިސްތިއުނާފުކޮށްފައިވަނީ އެ ޤަޟިއްޔާގެ ޚަޞްމުންގެ ގޮތުގައި ހިމެނިފައިނުވާ ފަރާތެއްކަމުގައިވ ނާޞިރާ މުޙައްމަދުދީދީ އެވެ ކިޔާ މީހެކެވެ. އެހެންކަމުން، އެންމެ ފުރަތަމަ ޝަރީޢަތުން ބަލަންޖެހޭ ކަމަކީ އިސްތިއުނާފުކޮށްފައިވާ ފަރާތަށް އިސްތިއުނާފު ހުށަހެޅިދާނެކަން ނުވަތަ ނޫންކަން ކަށަވަރުކުރުން ކަމުގައި އަހުރެން ދެކެމެވެ.
10. ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނގު 08ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ: "ދަށު ކޯޓަކުން ނިންމާ ފައިވާ މައްސަލައެއް ނުވަތަ ދަށް ކޯޓަކުން ނެރެފައިވާ އަމުރެއް ނުވަތަ ނިންމާފައިވާ ނިންމުމެއް ކަމުގައިވީނަމަވެސް، ޤާނޫނުއަސާސީއާ ނުވަތަ ޤާނޫނަކާ ނުވަތަ ޤާނޫނަކުން ބާރުލިބިގެން ހަދާފައިވާ ޤަވާއިދަކާ ޚިލާފުކަމަށް ޤަބޫލް ކުރެވިގެން، އެކަން ފާހަގަކޮށް، ކަމުގެ މަޞްލަޙަތު އޮތް ފަރާތަކުން ހުށަހަޅާ މައްސަލަތައް ބެލުމުގެ އިޙްތޞާޞ ހައިކޯޓަށް ލިބިގެންވެއެވެ." މިފަދައިންނެވެ.
12. ސިވިލް ކޯޓުގެ ބުނެވިދިޔަ ޤަޟިއްޔާ އިސްތިއުނާފުކުރުމުގެ މަޞްލަޙަތު އޭނާއަށް އޮތްތޯ ނުވަތަ ނެތްތޯ ޝަރީޢަތުން ބަލާއިރު، ޚުޞޫމަތު އުފެދިފައިވާ 100 (ދުއިސައްތަ ތިރީސް ހަތަރެއް) އަކަފޫޓްގެ ބިމަކީ ނާޞިރާ މުޙައްމަދުދީދީއަށް ނިޞްބަތްވާ ބިމެއްކަމުގައި ހުދު އޭނާވެސް ބުނެފައެއްނުވެއެވެ. ނަމަވެސް، އޭނާގެ ޝަކުވާއަކީ ނުވަތަ ކަންބޮޑުވުމަކީ، މާލޭ ސިޓީ ކައުންސިލްގެ އިދާރާއަށު އޭނާ ހުށަހެޅި ކުރިން ބުނެވިދިޔަ ސިޓީއާ ގުޅިގެން މާލޭ ސިޓީ ކައުންސިލުން އެއީ ބަންޑާރަ ގޯޅިމަގެއްކަމަށް ބުނެފައިވީހިނދު، އެ ގޯޅިމަގަށް އޭނާ ދޮރު ކަނޑައި ބޭނުން ކުރަމުން ދަނިކޮށް ސިވިލް ކޯޓުގެ ޤަޟިއްޔާގައި، އެއީ […] އެވާ ކިޔާ ގޯތީގެ އިމުގެ ތެރޭގައި ހިމެނޭ ގޯޅިމަގެއ ކަމަށް ކަނޑައަޅް ފައިވމެވެ. އަދި މިއީ އޭނު އެކަމާ ހިތްހަމަ ނުޖެހިގެން ހުށަހެޅި އިސްތިއުނާފީ ދަޢުވާއެއްކަން އެނގެއެވެ. ސިވިލް ކޯޓުގެ ނަންބަރު 3129/Cv-C/2019 ޤަޟިއްޔާ އިދާރީ މައްސަލަތައް ބަލާ ޑިވިޜަނަށް މައްސަލަ ހުށަހަޅާ ފޯމުގެ 0 ވަނަ ނަންބަރު ޤާނޫނު ނަންބަރު 1424/11
12. މި މައްސަލާގައި ހިމެނޭ ފަރާތްތަކުން ދައްކާފައިވާ ވާހަކަތަކުން ނާޞިރާ މުޙައްމަދދީދީއަށް އޭނާގެ ގެއަށު މައިމަގުން ވަދެ ނުކުމެވޭ ގޮތަށް އޮންނަކަން އެނގެއެވެ. އަދި ހަމަ ނާޞިރާ މުޙައްމަދުދީދީގެ ބަހުން އެނގެން އޮންނަގޮތުގައި އޭނާގެ ގޭގައި ހުރި ފިހާރައަށް މައިމަގުން ވަދެ ނުކުތުމުގެ ފުރުސަތު ތަނަވަސްވެފައި ވާކަންވެސް އެނގެއެވެ.
15.އެހެންކަމުން، ނާޞިރާ މުޙައްމަދުދީދީއަށ ސިވިލް ކޯޓުގް ޤަޟިއްޔާ އިސްތިއުނާފުކުރުމުގެ ހުއްދަދީފައި އޮތް އޮތުމަށް ބަލާއިރު، އޭނާއަށް އެ ޤަޟިއްޔާ އިސްތިއުނާފުކުރުމުގެ މަޞްލަޙަތެއް އޮތްކަމުގައި އަހުރެންނުދެކެމެވެ.
16.ސަބަބަކީ،ސިވިލް ކޯޓުގައި ދަޢުވާރައްދުވި ފަރާތުގެ ފުށުން ދަޢުވާ ދިފާޢުކުރެވޭ ފަދަ މަޤާމެއްގައި ނުވަތަ މަހައްލެއްގައ ހުރި ފަރާތެއް ނުވަތަ އޭނާގެ އަމިއްލަ ދިފާޢެއް ބަޔާންކުރެވޭފަދަ މަޤާމެއްގައި ނުވަތަ މަހައްލެއްގައ ހުރި ފަރާތެއް ފިޔަވައި އެހެން ފަރާތަކަށް ސިވިލް ކޯޓުގެ ޙުކުމް ބާޠިލުކުރުމަށް އެދި އިސްތިއުނާފުކުރުމުގެ ހުއްދަ ދެވިގެންވާނެކަމަކަށ އަހުރެންނަށް ޤަބޫލުނުކުރެވޭތީއެވެ.
13.ހުށަހެޅިފައިވާ އިސްތިއުނާފީ މައްސަލައަށާއި އެ މައްސަލަ ބިނާކޮށްފައިވާ ނުކުތާތަކަށް ޖުމްލަކޮށް ބަލާއިރު، މި ޤަޟިއްޔާ އިސްތިއުނާފުކުރި ފަރާތްކަމުގައިވާ ނާޞިރާ މުޙައްމަދުދީދީ އަކީ ދަށު ކޯޓަށް ހުށަހެޅުނު މައްސަލާގައި ދަށު ކޯޓުގައިވެސް ދަޢުވާރައްދުވި ފަރާތުގެ ފުށުން އެ ދަޢުވާ ދިފާޢުކުރެވޭފަދަ މަޤާމެއްގައި ނުވަތަ މަހައްލެއްގައި ހުރި މީހެއްނޫންކަން އެނގެއެވެ. އަދި ހަމަ އެހެންމެ އޭނާ އަކީ ހުށަހެޅިފައިވާ މައްސަލާގައި އޭނާގެ އަމިއްލަ ދިފާޢެއް ބަޔާންކުރެވޭފަދަ މަޤާމެއްގައި ނުވަތަ މަހައްލެއްގައި ހުރިމީހެއް ނޫންކަންވެސް އެނގެއެވެ. އެހެންކަމުން، މި އިސްތިއުނާފު ފޯމު މިހިނދުން މިހިނދަށް ބާޠިލްކުރަން ޖެހޭ ކަމުގައި އަހުރެން ދެކެމެވެ.
ފަނޑިޔާރު މުޙައްމަދު ނިޔާޒްގެ ރައުޔު (މިރައުޔަށް އިސްފަނޑިޔާރު ހާތިފް ޙިލްމީ ތާއީދުކުރައްވައެވެ.)
11.މި މައްސަލައިގައި، ހުށަހެޅި ލިޔުންތަކަށާއި އިސްތިއުނާފ ކުރް ފަރާތާއި އިސްތިއުނާފ ރައްދުވް ފަރާތާއި އަދި މިމައްސަލައަށް ތަދައްޚުލުވި ފަރާތުން ދެއްކި ވާހަކަތަށް ޝަރުޢީ އަދ ޤާނޫނީ ހަމަތަކުން ބަލާއިރު ތިރީގައިވާ ކަންކަން އެގޮތުގައި ހުރިކަމަށް އަހަރެންނަށް ޤަބޫލު ކުރެއެވެ.
13ސިވިލް ކޯޓުގެ ނަންބަރު:3129/Cv-C/2019 ޤޞައްޔާއަކ މާލީ ސިޓީ ކައުންސިލްގެ މައްޗަށް […] އަޖުވާދ މުޙައްމަދު ދީދީ ހުށަހަޅައިގެން ނިންމި މައްސަލައެއްނަމަވެސް، މިމައްސަލަ ނިންމގި ން ދިޔަގޮތުން، […] ނ ޞާރ މުޙައްމަދާ ދީދީގެ ޙައްޤަކަށް އުނިކަން ލިބިއްޖެކަމަށް އޭނާއަށް ޤަބޫލު ކުރޭ ސަބަބުތަކެއް ހުރުމުން، ސިވިލް ކޯޓުގެ ބަޔާންވެދިޔަ ޤަޟިއްޔާ އިސްތިއުނާފު ކުރުމަކީ ނާޞިރާ މުޙައްމަދު ދީދީއަށް ޤާނޫނުއަސާސީން ލިބިދޭ ޙައްޤެކެވެ. އެހެންކަމުން، އިސްތިއުނާފް ކުރެވިފައިވާ މައްސަލައިގެ ދަޢުވާފޯމް ބާޠިލެއް ނުކުރެވޭނެއެވެ.
02.އިސްތިއުނާފް ކުރެވިފައިވާ މައްސަލައިގައި، ބަލަންޖެހެނީ، […] (ކުރީގެ ކުޑަނެވިގެ) ގޭގެ އަޞްލު ބެހެނިވެރިންގެ މެދުގައި 0 ބަޔަކަށް ފުރަތަމަ ބައިކުރި ކުރުމުގައި އެގޯތީގެ ހުޅަގ ދެކުނު ކަނަށް އޮތް، ބެހެނިވެރިންގެ ތެރެއިން އަޙްމަދު ނަޞީރުއަށް ލިބިދިން، މިހާރު "ހަރިޔާނާ" ކިޔާ ގޯއްޗަށް ވަނުމަށް […] އިރުދެކުނު ކަނުންފެށިގެން "ހަރިޔާނާ" ކިޔާ ގޯއްޗާއި ހަމައަށް ނަގާފައިވާ ގޯޅިއަކީ ބަންޑާރަ ގޯޅި އެއްތޯ ނުވަތަ އެއީ […] ކިޔާ މުޅި ގޯތިން ނެގިފައިވާ އެއްމެދު ގޯޅިއެއްތޯ ނުވަތަ […] 0 ބަޔަކަށް ބައިކުރިއިރު "ހަރިޔާނާ" އެވެ ކިޔާ ބަޔަކީ އެގޯޅިއާއި އެކު ނަގާފައިވާ އެގޯތީގެ "އަމިއްލަ" ގޯޅިއެއް ތޯއެވެ. މިކަން ސާފުކުރުމަށް ބަލާއިރު، އެންމެ މުހިންމު ލިޔުމަކަށް ފެންނާންއޮތީ، މާކެންޓައިލް ޑިވިޝަންގެ ނަންބަރު:130/MD/76 (42-41-2211) ޤަޟިއްޔާ ނިމުނު ގޮތާއި އެޤަޟިއްޔާގައި ބަޔާން ކުރާ ރެޖިސްޓްރޭޝަން ޑިވިޝަން (ށ) ގެ ކުރެހުމެވެ. ބަޔާންވެދިޔަ ޤަޟިއްޔާގައި އޮތީ؛ ޤާނޫނުއަސާސީގެ 00 ވަނަ މާއްދާގެ (ނ) އާއި 01 ވަނަ މާއްދާ. "މައްސަލައިގެ މައުޟޫޢު: […] ޢި މާރާތައް ބެހުމުގެ މައްސަލަ ޝަރީޢަތުން ނިންމުން: މި.ލައިނޫފަރުގެ އަލްފާޟިލް އަޙްމަދު ނަޞީރު (ކުޑަނެވި ނަޞީރު) ވިދާޅުވަނީ، […] އެވެ ކިޔް ބަންޑާރަ ގޯތީގައިވާ އެންމެހާ ޢިމާރާތްތަކާއި ވަޅުފަދަ ތަންތަން މިހާރު ރަޖިސްޓްރޭޝަން ޑިވިޝަން (ށ) އިން ގޯތި ބައި ކުރައްވަން ފާހަގަ ކުރައްވާފައިވާގޮތަށް އަޅުގަޑުމެންގެ (އަޅުގަޑު، ޙުސައިންދީދީ، ޢާއިޝަތުދީދީ، މުޙައްމަދުދީދީގެ ބޭފުޅުން) މެދުގައި ބައްސަވާ ވަކިކޮށްދެއްވުން އެދެމެވެ. މުޙައްމަދުދީދީ އާއި ތުއްތީދި މިހާރުވަނީ އަވަހާރަވެފައެވެ. ތުއްތީދީގެ ތަކެތި އޭނާގެ ދެބެންވަ ނ މިހާރު ގެންގޮސް ނިމިފައެވެ. މުޙައްމަދުދީދީގެ ހަތްބޭފުޅުން އެބަތިއްބެވިއެވެ. އެއީ، އަޖުވަދު، އަޝްރަފު، ޢާރިފާ، ފާޠިމަތުދީދީ، ނާޞިރާ، ޢަބުދުއްސައްތާރު، ޢަބުދުލްޣަފޫރު އެވެ. މިމައްސަލައިގައި، މަތީގައި ނަންގަނެވިގެންވާ ތުއްޕުޅު ދެބޭފުޅުން ޢަބުދުއްސައްތާރު، ޢަބުދުލްޣަފޫރ ފިޔަވާ، އެންމެބޭފުޅުން ޝަރީޢަތުގެ މަޖިލިސްއަށ ޙާޟިރުކޮށް ސުވާލުކުރުމުން މ އެންމެބޭފުޅުންގެވެސް ބަހަކީ އަޙްމަދު ނަޞީރު ހުށަހަޅުއްވާފައިވާ ފަދައިން އެޢިމާރާތްތައ އަޅިގަނޑުމެންގެ މެދުގައި ބައްސަވައަ ވަކިކޮށްދެއްވުން އެދެމެވެ. އަދި މިގޮތަށް ބަހައި ވަކިކޮށްދެއްވުމުގައި ޢިމާރާތްތަކުން އެއްބޭފުޅަކަށް އަނެއްބޭފުޅަކަށްވުރ އިތުރުވެ އިތުރުވުން، ނުވަތަ (ހުރިހާ ބޭފުޅުންގެ މެދުގައި އޮންނަ އުނިއިތުރު) މަޢާފުކޮށް ކަޑައިލައިފީމެވެ. އަދި ތުއްތީދީގެ ދެބޭފުޅުން، ތުއް ތުމަނިކު، ތުއްތުމަނިކެ، ޙާޟިރުކޮށް ސުވާލުކުރުމުން އެދެބެންގ ބަހަކީ އަޅުގަނޑުމެން ދެބެންގެ މަންމަގެ އެއްވެސް އެއްޗެއް މިހާރު […] ކިޔާ ބަންޑާރަ ގޯތީގައި ނުހުންނާނެއެވެ. ހުރިހާ އެއްޗެއް ގެނެސް ނިންމައިފީމެވެ. ދެންފަހެ، މިމައްސަލަ ނިންމުމައްޓަ ކައި ބެލިބެލުމުންނާއި ކުރެވުނު ތަޙްޤީޤު އިންނާއ އަދި މަޙްކަމަތުއްޝަރުޢިއްޔާ (ޅ) ނަންބަރ 11/ޅ/14، ޤަޟިއްޔާއިން […] އެވެ ކިޔާ ބަންޑާރަ ގޯތީގައިވާ ޢިމާރާތްތަކުގެ މިލްކުވެރިންނަކީ މަތީގައި ނަންގަނެވުނ ހަތަރު ބޭފުޅުން (އަޙްމަދު ނަޞީރު، ޙުސައިންދީދ، ޢާއިޝަތުދީދީ، މުޙައްމަދުދީދީގެ ވާރިޘުން) ކަން ސާބިތުވެއެވެ. އަދި މިތަންތާގެ މިލްކުވެރިކަމާއިމެދު ދަޢުވާކުރާ އެއްވެސް ފަރާތެއްވޭތޯ ބެލުމަށް މިޑިވިޝަނުން ކުރި ނަންބަރު:MD-39/76 ގެ އިޢުލާން އަށް މުއްދަތު ހަމަވިއިރުވެސް އެއްވެސްފަރާތަކުންވެސް ދަޢުވާއެއް ނުކުރެއެވެ. އަދި ޑިޕާރޓްމަންޓ އޮފް ހޯމް އެފެއަރސް/ރަޖިސްޓްރޭޝަންސް ޑިވިޝަން (ށ) ގެ ނަންބަރ
34.A/MIS/76/89 ގެ ސިޓީއިން، […] ކިޔާބަންޑާރަ ގޯތީގެ އިރުއުތުރު ބައިގާވާ ޢިމާރާތްތައް ޙުސައިންދީދީއަށް، ހުޅަގުބައިގައިވާ ޢިމާރާތްތައް ޢާއިޝަތުދީދީއަށް، ހުޅަގުދެކުނުބައިގައިވާ ޢިމާރާތްތައް އަޙްމަދު ނަޞީރުއަށް، އިރުދެކުނުބައިގައިވާ ޢމާރާތްތައ މުޙައްމަދް ދީދީގެ ވާރިޘުންނަށް ކަމަށް މިލްކުވެރިކަން ހަމަޖެއްސުމާއިމެދު އިޢުތިރާޟްއެއ ނެތްކަން އަންގަވާފައިވެއެވެ. މިމައްސަލައާބެހޭ ގޮތުން މިއެންމެބޭފުޅުން ދެއްކި ވާހަކާއާއ ކުރެއްވި ސޮއި މިޑިޝަންގު21 ނަންބަރ މަޙްޟަރު (ށ) ގ 280،281، ޞަފްޙާގައި ވާނެއެވެ. ވީމާ ރެޖިސްޓްރޭޝަންސް ޑިވިޝަން (ށ) އިން […] ކިޔާ ބަންޑާރަގޯތި ބައިކުރުމަށް ފާހަގަކުރައްވާފައިވާ ގޮތުގެމަތީން ގޯތީގެ އިރުއުތުރު ބައިގާވާ ޢިމާރާތްތައުއަލްފާޟީލ ޙުސައިންދީދީއަށް، ހުޅަގުއުތުރު ބައް ގައިގާވާ ޢިމާރާތްތައް އަލްފާޟިލާ ޢާއިޝަތުދީދީއަށް، ހުޅަގުދެކުނ ބައިގާވާ ޢިމާރާތްތައް އަލްފާޟިލް އަޙްމަދު ނަޞީރުއަށް، އިރުދެކުނު ބައިގާވާ ޢިމާރާތްތައް މުޙައްމަދުދީދީގެ ވާރިޘުންނަށްކަމަށް، ޢިމާރާތްތައް ވަކިކޮށދިނުމުން، އުނިއިތުރުވެގެން އެއްބޭފުޅަކ އަނެއްބޭފުޅަކަށް ދެއްވަންޖެހިވަޑައިގަންނަވާބައި، އެއްބޭފުޅަކު އަނެއްބޭފުޅަކަށް މަޢާފުކުރައްވާ ކަޑާލައްވައިފިކަމަށް ޝަރީޢަތުގެ މަޖިލިސްގައި މިއެންމެ ބޭފުޅުން ވިދާޅުވިހިދު މަތީގައި ނަންގަނެވިފައިވާގޮތުން މިހާރު ރެޖިސް ޓްރޭޝަން ޑިވިޝަން (ށ) އިނ ގޯތި ބައި ކޮށްދެއްވުމަށް އިންޖައްސަވާފައިވާ ގޮތުގެމަތިން ގޯތީގެ އިރުއުތުރު ބައިގާވާ ޢިމާރާތްތައް އަލްފާޟިލް ޙުސައިންދީދީއަށް ހުޅަގުއުތުރު ބައިގާވާ ޢިމާރާތްތައް އަލްފާޟިލް ޢާއިޝަތުދީދީއަށް ހުޅަގުދެކުނު ބައިގާވާ ޢިމާރާތްތައް އަލްފާޟިލް އަޙްމަދު ނަޞީރުއަށް، އިރުދެކުނު ބައިގާވާ ޢިމާރާތްތައް އަލްމަރުޙޫމް މުޙައްމަދުދީދީގެ ވާރިޘުންނަށް ކަމަށް މިލްކުވެރިކަން ހަމަޖައްސައި މިގޮތުގެމަތީން ޙުކުމްކޮށްފީމެވެ. މިފަދައިންނެވެ.
01.މ.ލައިނޫފަރުގެ (ކުރީގެ ކުޑަނެވިގެ) ބެހެނިވެރިންގެ މެދުގައި 0 ބަޔަކަށް ބައިކުރުމުގެ ކުރިން މުޅިގޯތި އެކީއެކައްޗަކަށް އޮތްއިރު، ޚުޞޫމާތް އުފައްދާ ގޯޅި އެތަނުގައެއް ނެތެވެ. އެގޯތި އޮތް ގޮތުގެ ކުރެހުމުން އެގެން އޮތީ، އެގޯތީގެ އުތުރުން އޮތީ ފަރީދީމަގު ކަމެވެ. ގޯތީގެ އިރުން އޮތީ ނަރުގިސްގޯޅި ކަމެވެ. ގޯތީގެ ދެކުނުންނާއި ހުޅަގުނ އޮތް އެހެން ދެގޯއްޗެއްކަމެވެ. އެހެންކަމުން، އިސްތިއުނާފްގެ މިމައްސަލައިގައި ބަޔާން ކުރާ ގޯޅިއަކީ ބަންޑާރަ ގޯޅިއެއްތޯ ނުވަތަ ނޫންތޯ ސުވާލެއް އުފައްދާނެ ޖާގައެއްނެތެވެ. އެ ގޯޅިއަކީ ބަންޑާރަ ގޯޅިއެއް ނޫންކަން ޔަޤީނީ ޢިލްމުން ސާބިތުވެއެވެ.
00.މ.ލައިނޫފަރުގެ 0 ބަޔަށް ބައިކޮށް، އަލްފާޟިލް ޙުސައިންދީދީއަށް ގޯތީގެ އިރުއުތުރު ބައިގާވާ ޢިމާރާތްތައް ލިބިދިންއިރު، އެބަޔަށް ފަރީދީމަގާއި ނަރުގިސްގޯޅިނ ވަދެވެން އޮތްކަން އެނގެއެވެ. އަލްފާޟިލާ ޢާއިޝަތުދީދީއަށް ގޯތީގެ ހުޅަގުއުތުރު ބައިގާވާ ޢިމާރާތްތައް ލިބިދިންއިރު، އެބަޔަށް ފަރީދީމަގުން ވަދެވެން އޮތްކަން އެނގެއެވެ. އަލްމަރުޙޫމް މުޙައްމަދުދީދީގެ ވާރިޘުންނަށް ގޯތީގެ އިރުދެކުނު ބައިގާވާ ޢިމާރާތްތައް ލިބިދިންއިރު، އެބަޔަށް ނަރުގިސްގޯޅިނ ވަދެވެން އޮތްކަން އެނގެއެވެ. ނަމަވެސް އަލްފާޟިލް އަޙްމަދު ނަޞީރުއަށް، ގޯތީގެ ހުޅަގުދެކުނު ބއިގާވަ ޢިމާރާތްތައް ލިބިދިންއިރު، އެބަޔަށް ވަދެވޭނެ ގޮތެއް ނެތެވެ. ގޯއްޗެއް ބަހައިދީ ނިންމާއިރު، އެބަހައ ދެވި އެއްވެސް ބަޔަކަށް ވަދެވޭނެ ގޮތެއްނެތި ތަޅުލެވިފައި އޮންނަ ގޮތަކަށް އެބައެއ އެއްވެސް މީހަކަށް ލިބިދެވޭނެކަމަށް ޝަރުޢީ ޤާނޫނީ އަދި ބުއްދީގެ ހަމައަކުންވެސް ޤަބޫލެއް ނުކުރެވެއެވެ. ވީމާ ދެން ބަލަންޖެހެނީ، މާކެންޓައިލް ޑިވިޝަންގެ އިސްވެ ބަޔާން ކުރެވުނު ޤަޟިއްޔާގައި ޙަވާލާދީފައިވާ ރެޖިސްޓްރޭޝަންސް ޑިވިޝަން (ށ) އިން […] ކިޔާ ބަންޑާރަގޯތި ބައިކުރުމަށް ފާހަގަކުރައްވާފައިވާ ގޮތަކީ ކޮބާތޯއެވެ. އެކަން އެގެނީ، އެޤަޟިއްޔާއާގުޅިގެން ތައްޔާރު ކުރެވުނު ކުރެހުމުންނެވެ. އެކުރެހުމަކީ، އޭރު ޢަމަލު ކުރެވެމުންދިޔ ގޮތަށަ އަދި ބެހެނިވެރިންގެ އެގުމާއި ފެނުމުގެ ތެރެއިން ޝަރީޢަތުގެ މަޖިލީހުގައި އެގޮތަށް އެއްބަސްވެގެން ނިންމާފައިވާ ގޮތެއްކަން އެގެއެވެ. ރެޖިސްޓްރޭޝަންސް ޑިވިޝަން (ށ) އިން […] ކިޔާ ބަންޑާރަގޯތި ބައިކުރުމަށް ފާހަގަކުރައްވާފައިވާ ގޮތް ތިރީގައިވާ ކުރެހުމުގެ ރަތް ރޮނގުން ފާހަގަ ވާން އެއޮތީއެވެ. އެކުރެހުމަކީ، ލިޔުންތަކާއި އެކު ހުށަހެޅިފައިވާ ކުރެހުމުން ބަލައިގެން، ހަމައެކަނި […] 0 ބައިކުރެވުނު ގޯތާއި ގޯޅި އޮތް ގޮތް އަންގައިދިނުމަށްހިމެނިފައިވާ ކުރެހުމެކެވެ. އެކުރެހުމަކީ ސްކޭލަށ މިންތައް ހަމަކޮށްގނެ ނަގާފައިވާ ނަކަލެއް ނޫނެވެ. މާކެންޓައިލް ޑިވިޝަންގެ ނަންބަރު:130/MD/76 ޤަޟިއްޔާގައި ޙަވާލާދީފައިވާ މަޙްޟަރުތައް.
02.މ.ލައިނޫފަރުގ އެވެ ކިޔާ ބަންޑާރަގޯތި، އެގޯތީގެ ބެހެނިވެރިންގެ މެދުގައި ބެހިގެންދިޔައީ ރެޖިސްޓްރޭޝަންސް ޑިވިޝަން (ށ) އިން […] ކިޔާ ބަންޑާރަގޯތި ބައިކުރުމަށް ފާހަގަކުރައްވާފައިވާ ގޮތުގެމަތނީ ކަން މަތީގައިވާ މާކެންޓައިލް ޑިވިޝަންގެ ޤަޟިއްޔާއިން އެގެއެވެ. އެގޮތް، އެޤަޟިއްޔާއާއި ގުޅިފައިވާ ގޯތި ބައިކުރި ގޮތުގެ ކުރެހުން ކަމަށް ބަޔާން ކުރާ 11 އޭޕްރީލް 2211 ގައި ކުރަހާ، 20 ޖުލައި 2211 ގައި ބައިކޮށް މުޑިބުރި ވަޅުލިކަނ ބަޔާންކޮށްފައިވް ކުރެހުމުނ ސާފުކޮށް އެގެން އެބައޮތެވެ. ކުރިން ބަޔާން ކުރިހެން، […] 0 ބަޔަށް ބައިކޮށް އެބައިތަކުގައިވާ ޢިމާރާތްތައް ބެހެނިވެރިންނާ ޙަވާލުކުރިއިރު، ބަންޑާރަމަގަކުނ ނުވަތް ބަންޑާރަގޯޅިއަކުނ އެބަޔަކަށް ވަދެވޭނެ ގޮތެއްނެތީ ހަމައެކަނި އަޙްމަދު ނަޞީރުއާ ޙަވާލުކުރި ބަޔަށެވެ. އެހެންކަމުން، ޚުޞޫމާތް އުފެދިފައިވާ ގޯޅިއަކީ […] ކިޔާ ގޯތި 0 ބަޔަކަށް ބައިކުރުމަށް ރެޖިސްޓްރޭޝަން ޑިވިޝަން (ށ) އިން ފާހަގަ ކުރިއިރު ހަމައެކަނި އަޙްމަދު ނަޞީރުއާ ޙަވާލުކުރި ބަޔަށް ވަނުމަށްޓަކައި […] އެވެ ކިޔާ ބަންޑާރަގޯތި ން ނަގައި ހިމަނާފައިވާ ގޯޅިއެއްކަމަށް ބުރަވެވެއެވެ.
02.މިހިސާބުން އުފެދޭ ސުވާލަކީ އެގޯޅިއަކީ ލައިނޫފަރުގެއެވެ ކިޔާ ބަންޑާރަގޯތީގެ ބެހެނިވެރިން (ޢާއިޝަތުދީދީ، ޙުސައިންދީދީ، މުޙައްމަދުދީދީ އަދި އަޙްމަދު ނަޞީރު) ގެ އެއްމެދު ގޯޅިއެއް ތޯއެވެ. ނުވަތަ މުޙައްމަދުދީދީ އާއި އަޙްމަދު ނަޞީރުއާ ދެމީހުންގެ އެއްމެދު ގޯޅިއެއް ތޯއެވެ. މިސުވާލުތަކުގެ ޖަވާބުވެސް ލިބެނީ ބަޔާންވެދިޔަ މާކެންޓައިލް ޑިވިޝަންގެ ޤަޟިއްޔާއި އެޤަޟިއްޔާއާއި ގުޅިފައިވާ ކުރެހުމުންނެވެ. ޙަޤީޤަތުގައި ޚުޞޫމާތް އުފައްދާ ގޯޅިއަކީ ބަޔާންވެދިޔަ ކުރެހުމުގައި ހިމަނާފައިވާ ގޯޅިއެކެވެ. ބަޔާންވެދިޔަ ޤަޟިއްޔާ މާކެންޓައިލް ޑިވިޝަނުންނިންމީ ރޖިސްޓްރޭޝަންސެ ޑިވިޝަން (ށ) އިން […] ކިޔާ ބަންޑާރަގޯތި ބައިކުރުމަށް ފާހަގަކުރައްވާފައިވާ ގޮތުގެ މައްޗަށް ކަމަށްވާތީ، އެޤަޟިއްޔާގައި އެގޯޅީގެ ވާހަކަ އިތުރަށް ބަޔާން ނުކުރިނަމަވެސް އެކުރެހުމަށްބެލުމުން އެގޯޅި ހިމެނުމުގެ ބޭނުން ސާފުކޮށް ދެނެގަނެވޭނެއެވެ. އެއީ އަޙްމަދު ނަޞީރުއަށް ލިބިދިން ބަޔަށް ވަދެ ނިކުމެވާނެ ގޮތެއް އޮތުމެވެ.
5[…] ކިޔާ ގޯތި 0 ބަޔަށް ބައިކުރުމުގައި އިސްކަންދީފައިވަނީ، ގޯތީގެ އަކަފޫޓު 0 ބއިންނަށެ ހަމަހަމަ ކުރުމަށްވުރެ ބޮޑަށް އޭރު އެގޯތީގައި ހުރި ޢިމާރާތްތަކަށ ގެއްލުން ކުޑަ ގޮތަކަށް ނަމަވެސް ހަތަރު ބެއިންގެ މެދުގައި މާބޮޑު ތަފާތެއް ނާންނާނެގޮތަކަށ އެފަރާތްތަކަށް އެއްބަސްވެވޭ ގޮތަކަށް ބަހާލުން ކަމަށް ޤަބޫލު ކުރެވެއެވެ. މިއީ ގޯތި ބައިކޮށްދީފައި އޮތްގޮތަށާއ އަދި ކޮންމެ ބައެއްގައި ފެންވަޅެއް ހިމެނުމާއި އަދި ކޮންމެ ބައެއްގައިވެސް ކޮޓަރި ހިމެނޭހެން ބައިކޮށްފައިވާތީ އާއި އަދި ބިން ބައިކުރެވުނު ދުވަސްވަރާއި، ބިމާއިމެދު ވާރިޘުންގެ މެދުގައި ވާދަވެރިކަން މިހާރަށްވުރެ ކުޑަވާނެކަމަށް ބެލެވޭ ބެލެވުމާއި މިކަންކަމަށް ބުރަވެ ދެނެގަނެވޭ ދެނެގަތުމެވެ. އެހެނީ ސާފުކޮށް އެގެން ނެތްކަންކަން ދެނެގަނެވޭނީ އެކަމަކާއި ގުޅިފައިވާ ފެންނަންހުރި އެހެންކަމުންގެ އަލީގައެވެ. ހުށަހެޅިފައިވާ ލިޔުންތަކުން ދެނެގަނެވެން އޮތް ގޮތުގައި، […] ކިޔާ ގޯއްޗަކީ ގާތްގަޑަކަށް 0081 އަކަފޫޓުގެ ގޯއްޗެކެވެ. މިގޮތުން، ޢާއިޝާދީދީއަށް ލިބިފައި އޮތްކަމަށް ދައްކަނީ 2124 އަކަފޫޓެވެ. އެއީ ގާތްގަޑަކަށް ގޯތީގެ %11.08 އެވެ. ޙުސައިންދީދީއަށް ލިބިފައި އޮތްކަމަށް ދައްކަނީ 2220 އަކަފޫޓެވެ. އެއީ ގާތްގަޑަކަށް %14.11 އެވެ. މުޙައްމަދުދީދީއަށް ލިބިފައި އޮތްކަމަށް ދައްކަނީ 2122 އަކަފޫޓެވެ. އެއީ ގޯތީގެ ގާތްގަޑަކަށް %02.11 އެވެ. އަޙްމަދު ނަޞީރަށ ލިބުން އަކަފޫޓުގެ މިންވަރު ބަޔާންވެދިޔަ ރެޖިސްޓްރޭޝަން ޑިވިޝަން (ށ) ގެ ކުރެހުމަކުން އެގޭކަށް ނެތެވެ. ނަމަވެސް އަޙްމަދު ނަޞީރުއަށް ލިބުނު ބަޔަކަށް ([…] ) އަށް ފަހުން ހަދައިދީފައިވާ ރަޖިސްޓްރީއަކުނ އެގެން އޮތް ގޮތުގައް އެބައިގެ ބޮޑުމިނަކީ ޚުޞޫމާތް އުފެދިފައިވާ ގޯޅިއާއެކު ޖުމްލަ 2001 އަކަފޫޓެވެ. އެއީ ގާތްގަޑަކަށް ގޯތީގެ %10 އެވެ. އެގޯޅީގެ ބޮޑުމިނަކީ 100 އަކަފޫޓެވެ. އެއީ ގާތްގަޑަކަށް %0.00 އެވެ. އެގޯޅި "ހަރިޔާނާ"އެވެ ކިޔާ ގޯތީގެ ބައިން އުނިކޮށްފިނަމަ، "ހަރިޔާނާ"ގެ ބޮޑުމިނަކަށް ވާނީ 2221 އަކަފޫޓެވެ. އޭރުން އަޙްމަދު ނަޞީރުގެ ބައި ގާތްގަޑަކަށް ގޯތީގެ %14.11 ދަށަށް ދިޔައީއެވެ. މުޙައްމަދުދީދީ އަށް ލިބުނުބައި […] އަށެ ހަދާދީފައިވާ ނަންބަރު: ބ.21111 (20 މެއި 1420) ރަޖިސްޓްރީގައި މުޅި މިބައި (ގޯތި)ގެބޮޑުމިނަކީ 2110 އަކަފޫޓުކަމަށް ބަޔާން ކޮށްފައި އޮވެއެވެ. "ހަރިޔާނާ"ގެނަމުގައި ރަޖިސްޓްރީ ކުރެވިފައިވާ ގޯއްޗަކީ […] ހަތަރުބައިކޮށް، އަޙްމަދު ނަޞީރުއަށް ލިބުނު އެގޯތީގެ އިރު ދެކުނުބައިކަން "ހަރިޔާނާ"އަށް 10 އޮކްޓބަރޯ 2211 ގައި ލޭންޑްރެޖިސްޓްރޭޝަން ޑިވިޝަނުން ހަދައިދީފައިވާ ފުރަތަމަ ރަޖިސްޓްރީން އެ ނގެއެވެ. ރަޖިސްޓްރީ ނަންބަރު: ބ.22281( .12 އޮކްޓބަރޯ 1422.) މިޙަޤީޤަތްތަކުގެ މައްޗަށް ބުރަވާއިރު، މިގޯޅިއަކީ […] 0 ބެހެނިވެރިންގެ އެއްމެދު ގޯޅިއަކަށްވެގެނ ދާންޖެހޭ ސަބަބުތި ކަށްވުރ އެހެނެ އެކަން ނުވާންވީ ސަބަބުތައް ގިނައެވެ. މިގޮތުން، ޢާއިޝާދުދީ އާއި ޙުސައިންދީދީއަށ ލިބުން ބަޔަށް އެގޯޅިން ވަދެނިކުމެ އުޅުންފަދ ނުވަތަ ވައިދައުރުވާ ކުޑަދޮރެއްފަދަ ތަނެއް ހެދުމުގެ ފުރުޞަތެއް ނެތުމުން، އެމީހުންނަށް ލިބޭ ބައިން އުނިކޮށް އެގޯޅިގަން ޑު ނެގުމުގެބޭނުމެއް އެމީހުންގެ ނޯންނާނެއެވެ. ސަބަބަކީ މިގޯޅިއަކީ އެދެމީހުންނަށ ލިބިދިން ބަޔާއި އެއްވެސް ގޮތަކަށް ގުޅިފައިވާ ގޯޅިއެއް ނޫންކަމަށްވާތީއެވެ. އެފަދަ ގޮތަކަށް އެއްމެދު ގޯޅިއެއް ނެގުމުގެ އިހުތިމާލު އޮންނާނީ އެންމެންގެ މެދުގައި ބިމުނ ހަމަހަމައަށް ލިބޭގޮތަށް ބައިކޮށް އެގޯޅި އެއެންމެންގެ މަންފާއަށް އެއްމެދު ގޯޅިއެއްގ ގޮތުގައެ ބޭއްވި ޙާލަތެއްގައެވެ. މިހަތަރު ބެއިންނަށް […] ލިބުން ބިމުގެ މިންވަރަށް ބަލާއ އެންމި ބޮޑުކޮށް ލިބިފައިވަނީ މުޙައްމަދު ދީދީއަށްކަން އެގެއެވެ. އަދި މިގޯޅި އަކީ މ ޙައްމަދުދީދީއަށ ލިބިދިން ބަޔާއެކ ނަގާފައިވާ ގޯޅިއެއްކަމަށް ބަލައިފިނަމަ، މުޙައްމަދުދީދީއަށ ބިމުން ލިބިދެވޭ މިންވަރު ގާތްގަޑަކަށް 2818 އަކަފޫޓަށް މަތިވާނެއެވެ. އެއީ މުޅި ގޯތީގެ ގާތްގަޑަކަށް %00.21އެވެ. އެހެންކަމުން ނިސްބަތުން އެހާތަފާތ ބޮޑުގޮތަކަށް މ ޙައްމަދުދީދީގެ ބައި އިތުރުވާގޮތަށް އޮވެދާނެކަމަކަށ ބުރައެއް ނުވެއެވެ. މީގެ އިތުރުން، މާކެންޓައިލް ޑިވިޝަނުގެ ޙަވާލާދެވޭ ޤަޟިއްޔާގައި ބައިތައް ހަމަޖައްސައި، މިލްކުކޮށްދީފައިވަނ ރެޖިސްޓްރޭޝަންސ ޑިވިޝަނ (ށ) އިނ މާ. ލައިނޫފަރުގެއެވި ކިޔު ބަންޑާރަގޯތް ބައިކާ ރުމަށ ފާހަގަކުރައްވާފައިވިގޮތުގެމަތީނ ކަމަށް ބަޔާން ކޮށްފައިވާތީ، މުޙައްމަދުދީދީއަށް ލިބިދީފައިވަނީ އެކުރެހުމުގައ ފާހަގަކޮށްފައިވާ ބައިގެ ތެރޭގައި ހިމެނޭ ޢިމާރާތްތަކެވެ. ޚުޞޫމާތް އުފައްދާ ގޯޅިއަކީ މުޙައްމަދުދިދީއަށ ލިބިދިން ބައިގެ ތެރޭގައި ހިމެނޭ ގޯޅިއެއް ނޫނެވެ. މިސަބަބުތަކަށްޓަކައި، ޚުޞޫމާތް އުފައްދާ ގޯޅިއަކީ މާ. ލައިނޫފަރުގެއެވި ކިޔު ބަންޑާރަގޯތި0 ބައިކުރުމުގައި އަޙްމަދު ނަޞީރުގެ ބަޔަށް ވަދެނިކުތުމަށްޓަކައ އޭނާއަށް ލިބޭ ބައިގެ ތެރެއިން ނެގިފައިވާ ގޯޅިއެއް ކަމާއި އަދި އެގޯޅިއަކީ […] ކިޔާ ގޯތީގެ އެހެން ބެހެނިވެރިންގެ އެއްމެދު ހިމެނޭ ގޯޅިއެއްނޫންކަނ މަދަން މިންގަނޑުން ބުރަވެއެވެ.
6މާކެންޓައިލް ޑިވިޝަންގެ ނަންބަރު:130/MD/76 ޤަޟިއްޔާ ހުށަހެޅިފައިވަނީ 12 މެއި 2211 ގައެވެ. އަދި އެޤަޟިއްޔާގެ ޙުކުމް ކޮށްފައިވަނީ 2 ޖުލައި 2211 ގައެވެ. މިޤަޟިއްޔާ އާއި ގުޅިގެން ވާރިޘުންގެ ބަޔާން ނެގިފައިވަނީ 18 އަދި 04 ޖޫން 2211 ގައެވެ. އޭރު އިސްތިއުނާފ ކުރް ނާޞިރާ މުޙައްމަދު ދީދީގެ ޢުމުރަކީ 11 އަހަރާއި 22 މަހެވެ. މިޤަޟިއްޔާ ބަހައި ނިންމާފައިވަނީ ތަރިކައިގެ އަޞްލުވާރިޘުންގެ ތެރެއިން މުޙައްމަދުދީދީ (އިސްތިއުނާފް ކުރާ ނާޞިރާމުޙައްމަދުދީދީ)ގެ ބައްޕަ ނިޔާވެފައިވާތީ، މުޙައްމަދުދީދީގެ ވާރިޘުނވެސް ހާޟިރުކޮށް ބަޔާން ނަގައިގެންނެވެ. އޭގެ ތެރޭގައި އިސްތިއުނާފް ކުރާ ނާޞިރާ މުޙައްމަދުދީދީ ހިމެނެއެވެ. އަދި ނާޞިރާމުޙައްމަދުދީދ ވަނީ ބަޔާންދީ ސޮއިކޮށްފައެވެ. އެހެންކަމުން، މާކންޓެއިލް ޑިވިޝަންގެ ބަޔާންވެދިޔަ ޤަޟިއްޔާ ނިންމުމުގައި، ރެޖިސްޓްރޭޝަންސް ޑިވިޝަން (ށ) އިން […] ކިޔާ ބަންޑާރަގޯތި ބައިކުރުމަށް ފާހަގަކުރައްވާފައިވާ ގޮތުގެ މައްޗަށް އެއްވެސް ޚުޞޫމާތެއް އޮތްނަމަ، އަދި އިސްތިއުނާފީ މިޤަޟިއްޔާގައި ބަޔާން ކުރާ ގޯޅިއާމެދު ސުވާލެއް އޮތްނަމަ، އޮޅުންފިލުވުމުގެ ފުރުޞަތު އޭރު އޮންނާނެކަމަށް ޤަބޫލު ކުރެވެއެވެ. އެފަދަ ސުވާލެއްކޮށ ޚުޞޫމާތެއް ކުރިމަތިކޮށްފައި ނުވަނީ، އެގޯޅި ނެގުނު ގޮތާއި ނެގުނު ސަބަބު ވާރިޘުންނަށް އެގިފައިވާތީ ކަމަށް ބުރަވެއެވެ.
03.ބަޔާންވެދިޔަ ސަބަބުތައް އެހެ ން ހުރުމުން، އިސްތިއުނާފ ކުރް […] ނާޞިރާ މުޙައްމަދުދީދީގެ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާތަކުގެ މައްޗަށް ބިނާކޮށް ސިވިލް ކޯޓުގެ ނަންބަރު 3129/Cv-C/2019 ޤޟަ އްޔިގެ ޙުކުމަށް އެއްވެސް ބަދަލެއް ގެންނަންޖެހޭ ޤާނޫނީ އަދި ޝަރުޢީ ސަބަބެއް އޮތަކަމަށ އަހުރެންނަށް ބުރަނުވެވޭތީ އެގޮތުގެ މަތިން ސިވިލް ކޯޓުގެ ނަންބަރު:3129/Cv-C/2019 ޤޟަ އްޔިގެ ޙުކުމަކީ ޞައްޙަ ޙުކުމެއްކަމަށް ކަނޑައަޅާއި އެޙުކުމަށް ތާއީދުކޮށް މިމައްސަލަ ނިންމަން އަހުރެންނަށް ބުރަވެއެވެ. ނާޞިރާ މުޙައްމަދުދީދީއަށް ހަދައިދީފައިވާ ނަންބަރު: ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގައިވާ އުފަންތާރީޚުނ ހިސާބުކުރުމުން ދައްކާ ޢުމުރު. ޙުކުމް: ދާ ންފަހެ، ބަޔާންވެދިޔަ ސަބަބުތައް އެހެން ހުރުމުން، އިސްތިއުނާފ ކުރް […] ނާޞިރު މުޙައްމަދުދީދީގެ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާތަކުގެ މައްޗަށް ބިނާކޮށް ސިވިލް ކޯޓުގެ ނަންބަރ 3129/Cv-C/2019 ޤޟަ އްޔިގެ ޙުކުމަށް އެއްވެސް ބަދަލެއް ގެންނަންޖެހޭ ޤާނޫނީ އަދި ޝަރުޢީ ސަބަބެއް އޮތަކަމަށް ބުރަނުވެވޭތީ އެގޮތުގެ މަތިން ސިވިލް ކޯޓުގެ ނަންބަރު:3129/Cv-C/2019 ޤޟަ އްޔިގެ ޙުކުމަކީ ޞައްޙަ ޙުކުމެއްކަމަށް ކަނޑައަޅައި އެޙުކުމަށް ތާއީދުކޮށް، މި ޤަޟިއްޔާ މިކޯޓުގައި ބެލި ފނޑިޔާރުންގަ އަޣްލަބިއްޔަތުން ޙުކުމްކޮށްފީމެވެ.
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ ހައިކޯޓުގެ އިޚްތިޞާޞާބެހޭ މާއްދާ (ލިޔުމުގައި '08' ވަނަ މާއްދާ ކަމަށް)
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ (އިސްތިއުނާފުކުރުމުގެ ޙައްޤު - ފުޓްނޯޓުގައިވާ މާއްދާ ނަންބަރުތައް ބަދަލުވެފައި)
- ޤާނޫނު ނަންބަރު 1/2002 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) (އިސްތިއުނާފީ ނުކުތާގައި)
- ހެއްކާބެހޭ ޤާނޫނު (އިސްތިއުނާފީ ނުކުތާގައި)
- މަރކަންޓައިލް ޑިވިޝަންގެ ނަންބަރު 130/MD/76 ޤަޟިއްޔާ
ޝަރީޢަތުގެ ވީޑިއޯ
މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.