މިނިސްޓްރީ އޮފް ޓޫރިޒަމް ވ. ޙާމިދު އިސްމާއީލް
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- ސިވިލް ކޯޓު B2-CR2/VA/2020/01
- ފަހުގެ ތާރީޚު
- ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް
ކޯ ޓާމްސް
ޚުލާޞާ
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ކ. ދިއްފުށި ފަޅުގެ ކުލީގެ އެއްބަސްވުން ދައުލަތުން ބާޠިލުކުރުމާ ގުޅޭ މައްސަލަ ނިމެންދެން، ފަޅުގައި މަސައްކަތްކުރުން ހުއްޓާލުމަށާއި ހުއްދަ ނުދިނުމަށް ސިވިލް ކޯޓުން ނެރުނު ވަގުތީ އަމުރު، ދައުލަތުގެ ހެކި، ތިންވަނަ ފަރާތުގެ ޙައްޤު، އަދި ޟަރޫރަތަށް ރިޢާޔަތްނުކޮށް ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ހ) އާ ޚިލާފަށް ނެރުނީތޯ.
ނިންމުން
ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައިއިސްތިއުނާފު ބާޠިލް، ވަގުތީ އަމުރު ޤާއިމް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 ޝަރީޢަތް ނިމުމުގެ ކުރިން ވަގުތީ އަމުރެއް ނުނެރެފިނަމަ ޙުކުމްކުރެވޭއިރު އެ ޙުކުމުގެ ބޭނުން ނެތިދާނެކަމަށް ޤަބޫލުކުރެވޭ ސަބަބެއް އޮވެއްޖެނަމަ، ނުވަތަ ދެ ފަރާތުން ފަރާތަކަށް ގެއްލުމެއް ލިބިދާނެކަމަށް މައްސަލަ ބަލާ ފަނޑިޔާރަށް ފެނިއްޖެނަމަ، ވަގުތީ އަމުރެއް ނެރުމަކީ ޤާނޫނީ ގޮތުން ފަނޑިޔާރަށް ލިބިގެންވާ ބާރެކެވެ.
HN2 ވަގުތީ އަމުރަށް އެދޭ ފަރާތަށް ޤާނޫނީ ޙިމާޔަތް ލިބެންޖެހޭ މައުޟޫޢީ ޙައްޤެއް ނުވަތަ ޤާނޫނީ މަރުކަޒެއް އޮތުމުގެ އިޙްތިމާލު ފާޅުކަން ބޮޑުގޮތެއްގައި ޤާއިމުވެ، އަޞްލު ދަޢުވާ ލަސްވެގެން ހިނގައްޖެނަމަ އިޢާދަނުކުރެވޭ ގެއްލުމެއް ލިބިދާނެކަމަށް ޝަރީޢަތަށް ބުރަވެވޭނަމަ، ވަގުތީ އަމުރު ނެރުމަކީ ޝަރުޢީ ޤާނޫނީ އުޞޫލުތަކާ ޚިލާފު ކަމެއް ނޫނެވެ.
HN3 އެއްބަސްވުން ބާޠިލުކުރީ އެއްބަސްވުމާ ޚިލާފަށްތޯ ކަނޑައެޅިގެންދާނީ މައްސަލައިގެ މައުޟޫޢުގައި ގޮތެއް ކަނޑައެޅޭއިރު ކަމަށްވާތީ، ވަގުތީ އަމުރުގެ މަރުޙަލާގައި ބަލަނީ ފުރަތަމަ ނަޒަރުން ފެންނަން އޮތް ޙަޤީޤަތްތަކަށެވެ.
HN4 ތިންވަނަ ފަރާތެއްގެ ޙައްޤެއް އުފެދިފައިވާކަމަށް ހަމައެކަނި ބުނުމުން، އެ ތިންވަނަ ފަރާތުން އެތަނުގައި ކޮށްފައިވާ ނުވަތަ ކުރަމުންދާ ކަމެއް ބަޔާންނުކުރާނަމަ، އެއީ ވަގުތީ އަމުރު ނެރުމަށް ހުރަހެއް ނޫނެވެ؛ އަދި ވަގުތީ އަމުރަށް އެދޭ ފަރާތުގެ މުދާ އެތަނުގައި ހުރިކަމާއި އެ ފަރާތުން ޚަރަދުކޮށް ބިން ހިއްކާފައިވާކަމަށް ބުނާ ބުނުމަށް އަނެއް ފަރާތުން އިންކާރުނުކުރުމަކީ ވަގުތީ އަމުރަށް ރިޢާޔަތްކުރެވޭ ކަމެކެވެ.
ވަކީލުންނާއި ފަނޑިޔާރުން
- ވަކީލުން
- —
- ބެންޗު
- ފަނޑިޔާރު ޢަބްދުﷲ ޙަމީދު، ފަނޑިޔާރު ޝުޢައިބު ޙުސައިން ޒަކަރިއްޔާ، ފަނޑިޔާރު މުޙައްމަދު ފައިޞަލް
- ރިޔާސަތު
- —
- ރައުޔު ލިޔުނު ފަނޑިޔާރު
- ފަނޑިޔާރު ޢަބްދުﷲ ޙަމީދު · ތާއީދުކުރެއްވީ: ފަނޑިޔާރު ޝުޢައިބު ޙުސައިން ޒަކަރިއްޔާ، ފަނޑިޔާރު މުޙައްމަދު ފައިޞަލް
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.
ފަނޑިޔާރު ޢަބްދުﷲ ޙަމީދު ގެ ރައުޔު، މި ރައުޔަށް ފަނޑިޔާރު ޝުޢައިބު ޙުސައިން ޒަކަރިއްޔާއާއި ފަނޑިޔާރު
މުޙައްމަދު ފައިޞަލް ތާއީދުކުރެއެވެ . މައްސަލައިގެ ޚުލާޞާ : 1- މިއީ، ސިވިލް ކޯޓުގެ ނަންބަރު B2-CR2/VA/2020/01 ވަގުތީ އަމުރު ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފުވާ ކަމަށްބުނެ، އެ އަމުރު އިސްތިއުނާފުކުރުމަށް ދައުލަތު ގެ ފަރާތުން ހުށަހެޅުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ . މި ޤަޟިއްޔާގައި އިސްތިއުނާފީ ދަޢުވާ ރައްދުވާ ފަރާތަކީ ޙާމިދު އިސްމާއީލް، […] / މާލެއެވެ . ކަންހިނގާފައިވާ ގޮތް : 2- ކ.ދިއްފުށި ފަޅު ހިއްކައިގެން ރިޒޯޓެއް ތަރައްޤީކުރުމަށްޓަކައި ދިވެހި ދައުލަތާއި […] / މާލެ، ޙާމިދު އިސްމާޢިލާ ދެމެދު އެއްބަސްވާ މާއްދާތަކާއި ޝަރުޠުތައް ބަޔާންކޮށް 19 ފެބުރުއަރީ 2015 ގައި ދެ ފަރާތުގެ މެދުގައި ސޮއިކުރެވިފައިވާ އެއްބަސްވުމާ ޚިލާފަށް ދައުލަތުން އެއްބަސްވުން ބާޠިލުކުރުމަށް ނޯޓިސް ފޮނުވާފައިވާތީ، ދައުލަތުގެ އެ ނިންމުމަކީ ބާޠިލު ނިންމުމެއްކަމަށް ކަނޑައަޅައި، ދެ ފަރާތުގެ ދެމެދު ވެފައިވާ އެއްބަސްވުމަކީ، ޞައްޙަ އަދި ދެމި އޮތް އެއްބަސްވުމެއްކަމަށް ކަނޑައަޅައި، އެއްބަސްވުމާ އެއްގޮތަށް ޢަމަލުކުރުމަށް މިނިސްޓްރީ އޮފް ޓޫރިޒަމަށް އަމުރުކޮށްދިނުމަށް އެދި މިނިސްޓްރީ އޮފް ޓޫރިޒަމްގެ މައްޗަށް ޙާމިދު އިސްމާޢީލް ސިވިލް ކޯޓުގައި ދަޢުވާކޮށްފައިވެއެވެ . އެ މައްސަލަ ސިވިލް ކޯޓުން ބަލަމުންދަނީ، އެ ކޯޓުގެ ނަންބަރު 4114/Cv-C/2019 ޤަޟިއްޔާއިންނެވެ . 3- އެ މައްސަލައިގެ މައުޟޫޢުގައި ގޮތެއް ނިންމުމުގައި ލަސްވެގެން ހިނގައްޖެނަމަ އިޢާދަނުކުރެވޭ ގެއްލުން ލިބިދާނެތީ، އެ މައްސަލަ މައުޟޫޢީގޮތުން ބަލައި ޙުކުމްކުރަންދެން، ކ. ދިއްފުށި ފަޅު އެއްވެސް ފަރާތަކަށް ކުއްޔަށް ނުދިނުމަށާއި، އެ ތަނުގައި އެއްވެސް ބަޔަކު މަސައްކަތެއް ކުރާނަމަ، އެ މަސައްކަތެއް ވަގުތުން ހުއްޓާލުމަށް ވަގުތީ އަމުރެއް ނެރެދިނުމަށް ޙާމިދު އިސްމާޢީލްގެ ފަރާތުން އެދުނެވެ . ޙާމިދު އިސްމާޢީލްގެ ފަރާތުން ހުށަހެޅުމާ ގުޅިގެން ސިވިލް ކޯޓުން ވަގުތީ އަމުރެއް ނެރުނެވެ. ސިވިލް ކޯޓުން ނިންމގޮތި: 4- ސިވިލް ކޯޓުގެ ނަންބަރު 4114/Cv-C/2019 ޤަޟިއްޔާގައި ޝަރީޢަތުން ޙުކުމެއް ކުރަންދެން ނުވަތަ ޝަރީޢަތުން ވަކިގޮތަކަށް އަންގަންދެން، ކ.ދިއްފުށި ފަޅުގައި އެއްވެސް ބަޔަކު މަސައްކަތެއް ކުރަމުންދާނަމަ އެ މަސައްކަތެއް ވަގުތީގޮތުން ހުއްޓާލުމަށާއި، އަދި ބަޔާންވެދިޔަ މުއްދަތުގައި އެ ރަށުގައި އެއްވެސް ބާވަތެއްގެ މަސައްކަތެއްކުރުމުގެ ހުއްދަ އެއްވެސް ފަރާތަކަށް ނުދީ މަޑުކޮށްލުމަށް މިނިސްޓްރީ އޮފް ޓޫރިޒަމް އަށާއި، މިކަމުގައި ޝާމިލުވާ އެންމެހާ ފަރާތްތަކަށް އަންގައި އަމުރުކޮށް، އަދި ކ.ދިއްފުށި ފަޅު އެއްވެސް ފަރާތަކަށް ކުއްޔަށް ނުދިނުމަށް އަންގައި ވަގުތީ އަމުރެއް ނެރެދިނުމަށް ދަޢުވާކުރާ ފަރާތުން އެދިފައިވާ ގޮތަށް އެފަދަ އަމުރެއް މިހާރު ނެރެވޭނެ ތަނެއް ނެތްކަމަށް ކަނޑައަޅައި، ސިވިލް ކޯޓުގެ ނަންބަރު B2-CR2/VA/2020/01 ވަގުތީ އަމުރު ނެރުއްވާފައިވެއެވެ . އިސްތިއުނާފީ ނުކުތާ ތައު: 4- ސިވިލް ކޯޓު ގެ ނަންބަރު B2-CR2/VA/2020/01 އަމުރު ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފުވާ ކަމަށްބުނެ، ދައުލަތުގެ ފަރާތުން އެ އަމުރު އިސްތިއުނާފުކުރުމަށް އަންނަނިވި ނުކުތާތައް ފާހަގަކޮށް އެނުކުތާތަކާމެދު ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ . އެ ގޮތުން ހުށަހަޅާފައިވާ : ފުރަތަމަ ނުކުތާއަކީ : ސިވިލް ކޯޓު ގެ ނަންބަރު B2-CR2/VA/2020/01 އަމުރުގައި އިސްތިއުނާފު ރައްދުވާ ފަރާތަށް ޤާނޫނީ ގޮތުން ޙިމާޔަތް ލިބެންޖެހޭ މައުޟޫޢީ ޙައްޤެއް ނުވަތަ ޤާނޫނީ މަރުކަޒެއް އޮތުމުގެ އިޙްތިމާލު ފާޅުކަން ބޮޑުގޮތެއްގައި ޤާއިމުވެފައިވާކަމަށް ކަނޑައަޅުއްވާފައިވަނީ ޤާނޫނު ނަންބަރު 2010/13 )ފަނޑިޔާރުންގެ ޤާނޫނު ( 5ވަނަ މާއްދާގެ )ހ(އާ ޚިލާފަށް މައްސަލައިގައި ކަން ހިނގާފައިވާ ގޮތް ކަމަށް ދައުލަތުން ބަޔާންކުރި ވަޤާއިޢުތަކާއި އެ ކަންކަން ސާބިތުކޮށްދިނުމަށް ހުށަހަޅާފައިވާ ހެއްކާއި ޤަރީނާއަށް ރިޢާޔަތްކުރެއްވުމެއް ނެތި ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ . ދެވަނަ ނުކުތާއަކީ : ސިވިލް ކޯޓުގެ ނަންބަރު B2-CR2/VA/2020/01 އަމުރުގައި ކ.ދިއްފުށި ފަޅުގައި އެއްވެސް ބަޔަކު މަސައްކަތެއް ކުރަމުންދާނަމަ އެ މަސައްކަތެއް ހުއްޓާލުމަށާއި، އެ ފަޅުގައި އެއްވެސް ބާވަތެއްގެ މަސައްކަތެއް ކުރުމުގެ ހުއްދަ އެއްވެސް ފަރާތަކަށް ނުދީ މަޑުކޮށްލުމަށް އަމުރުކުރައްވާފައިވަނީ ޤާނޫނު ނަންބަރު 2010/13 )ފަނޑިޔާރުންގެ ޤާނޫނު ( 5ވަނަ މާއްދާގެ )ހ(އާ ޚިލާފަށް ކ.ދިއްފުށި ފަޅުގައި ތިންވަނަ ފަރާތެއްގެ ޙައްޤު އެކުލެވިގެންވާކަމަށް ބުނެ ދައުލަތުން ވަގުތީ އަމުރުގެ ޖަވާބުގައި ދައްކާފައިވާ ވާހަކަތަކަށް ރިޢާޔަތްކުރެއްވުމެއް ނެތި ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ . ތިންވަނަ ނުކުތާއަކީ : ސިވިލް ކޯޓުގެ ނަންބަރު B2-CR2/VA/2020/01 އަމުރުގައި ކ.ދިއްފުށި ފަޅުގައި އެއްވެސް ބަޔަކު މަސައްކަތެއް ކުރަމުންދާނަމަ އެ މަސައްކަތެއް ހުއްޓާލުމަށާއި، އެ ފަޅުގައި އެއްވެސް ބާވަތެއްގެ މަސައްކަތެއް ކުރުމުގެ ހުއްދަ އެއްވެސް ފަރާތަކަށް ނުދީ މ ޑުކޮށްލުމަށް އަމުރުކުރައްވާފައިވަނ، ޤާނޫނު ނަންބަރު 2010/13 )ފަނޑިޔާރުންގެ ޤާނޫނު( 5ވަނަ މާއްދާގެ )ހ(އާ ޚިލާފަށް، އިސްތިއުނާފު ރައްދުވާ ފަރާތުން ވަގުތީ އަމުރަށް އެދިފައިވާ މުއްދަތަށާއި، ވަގުތީ އަމުރެއް ނެރުއްވުމުގެ ޟަރޫރަތެއް ނެތްކަމަށް ބުނެ ދައުލަތުގެ ޖވާބުގައަ ފާހަގަކޮށްފައިވާ ކަންކަމަށް ރިޢާޔަތްކުރެއްވުމެއް ނެތިކަމަށް ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ . ފާހަގަކުރެވުނު ނުކުތާތައް : 5- ސިވިލް ކޯޓުގެ ނަންބަރު B2-CR2/VA/2020/01 ވަގުތީ އަމުރަށާއި، އެ އަމުރު އިސްތިއުނާފުކުރުމަށް ދައުލަތު ގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާ ތަކަ ށާއި، އެ ނުކުތާތަކާ ގުޅިގެން ދެ ފަރާތުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާ ގުޅުންހުރި ލިޔެކިޔުންތަކުގެމައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނައި ބެލިއިރު، އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
5.1- ސިވިލް ކޯޓުގެ ނަންބަރު B2-CR2/VA/2020/01 ވަގުތީ އަމުރު ނެރެދީފައިވަނީ، ކ.ދިއްފުށި ފަޅުގައި ދަޢުވާކުރާ ފަރާތުގެ މުދަލާއި ސާމާނު މިހާރުވެސް ހުރިކަމަށާއި، އެ ތަނުގައި ދަޢުވާކުރާ ފަރާތުން ޚަރަދުކޮށްގެން 05 ހެކްޓަރުގެ ބިން ހިއްކާފައިވާ ކަމަށް ދަޢުވާކުރާ ފަރާތުން ބުނެފައިވާ ބުނުމަށް ދައުލަތުގެ ފަރާތުން އިންކާރުކޮށްފައި ނުވާކަން އެނގެން އޮތުމާއެކު، އެ ޤަޟިއްޔާގައި ވަގުތީ އަމުރަށް އެދިފައިވާ ފަރާތަށް ޤާނޫނީ ގޮތުން ޙިމާޔަތް ލިބެންޖެހޭ މައުޟޫޢީ ޙައްޤެއް ނުވަތަ ޤާނޫނީ މަރުކަޒެއް އޮތުމުގެ އިޙްތިމާލު ފާޅުކަން ބޮޑު ގޮތެއް ގައި ޤާއިމުވެފައިވާކަމާއި ވަގުތީ އަމުރެއް ނެރުމަކާ ނުލައި އަޞްލު މައުޟޫޢީ ދަޢުވާ ލަސްވެގެން ހިނގައްޖެނަމަ ވަގުތީ އަމުރަށް އެދޭ ފަރާތަށް އިޢާދަނުކުރެވޭފަދަ ގެއްލުމެއް ލިބިދާނެކަމަށް ޝަރީޢަތަށް ބުރަވެވޭތީކަން އެނގެން އޮވެއެވެ .
5.2- ކޯޓަށް ހުށަހެޅިފައިވާ މައްސަލައެއްގެ ޝަރީޢަތް ނިމުމުގެ ކުރިން ވަގުތީ އަމުރެއް ނެރެދިނުމަށް އެދޭ ޙާލަތުގައި، އެ ފިޔަވަޅު ނާޅައިފިނަމަ، މައްސަލައިގައި ޙުކުމްކުރެވޭއިރު، އެ ޙުކުމުގެ ބޭނުން ނެތި ހިނގައިދާނެކަމަށް ޤަބޫލުކުރެވޭ ސަބަބެއް އޮވެއްޖެނަމަ ނުވަތަ މައްސަލައިގައި ހިމެނޭ ދެ ފަރާތުން ކުރެ ފަރާތަކަށް ގެއްލުމެއް ލިބިދާނެކަމަށް އެ މައްސަލައެއް ބަލާ ފަނޑިޔާރަކަށް ފެނިއްޖެނަމަ ވަގުތީ އަމުރެއް ނެރުމަކީ ޤާނޫނީ ގޮތުން ފަނޑިޔާރަށް ލިބިގެންވާ ބާރެކެވެ .
5.3- ސިވިލް ކޯޓުގެ ނަންބަރު B2-CR2/VA/2020/01 ވަގުތީ އަމުރު އިސްތިއުނާފުކުރުމަށް ހުށަހަޅާފައިވާ 3 ނުކުތާގައިވެސް ބަޔާންކޮށްފައިވަނީ އެ އަމުރު ނެރެފައިވަނީ، ޤާނޫނު ނަންބަރު 2010/13 )ފަނޑިޔާރުންގެ ޤާނޫނު ( 5ވަނަ މާއްދާގެ )ހ(އާ ޚިލާފަށް ކަމަށެވެ . އިސްތިއުނާފީ ނުކުތާތަކުގައި ބަޔާންކޮށްފައިވާ ތަފްޞީލުގައި ދައުލަތުން ބަޔާކޮށްފައިވަނީ މައްސަލައިގައި ކަން ހިނގާފައިވާ ގޮތް ކަމަށް ދައުލަތުން ބަޔާންކުރި ވަޤާއިޢުތަކާއި އެ ކަންކަން ސާބިތުކޮށްދިނުމަށް ހުށަހަޅާފައިވާ ހެއްކާއި ޤަރީނާއަށް އިސްތިއުނާފު ރައްދުވާ ފަރާތަށް ޤާނޫނީ ގޮތުން ޙިމާޔަތް ލިބެންޖެހޭ މައުޟޫޢީ ޙައްޤެއް ނުވަތަ ޤާނޫނީ މަރުކަޒެއް އޮތުމުގެ އިޙްތިމާލު ފާޅުކަން ބޮޑުގޮތެއްގައި ޤާއިމުވެފައިވާކަމަށް ކަނޑައަޅުއްވާފައިވަނީ އިޝާރާތްކުރެވުނު ޤާނޫނުގެ އިޝާރާތްކުރެވުނު މާއްދާއާ ސިވިލް ކޯޓުގެ ނަންބަރު 1/2020/0ACR2/V-2B ]ވަގުތީ އަމުރު [ ޚިލާފަށްކަމަށެވެ . އަދި އަމުރު ނެރެފައިވަނީ ކ.ދިއްފުށި ފަޅުގައި ތިންވަނަ ފަރާތެއްގެ ޙައްޤު އެކުލެވިގެންވާކަމަށް ބުނެ ދައުލަތުން ވަގުތީ އަމުރުގެ ޖަވާބުގައި ދައްކާފައިވާ ވާހަކަތަކަށް ރިޢާޔަތްކުރެއްވުމެއް ނެތި ކަމަށާއި އިސްތިއުނާފު ރައްދުވާ ފަރާތުން ވަގުތީ އަމުރަށް އެދިފައިވާ މުއްދަތަށާއި، ވަގުތީ އަމުރެއް ނެރުއްވުމުގެ ޟަރޫރަތެއް ނެތްކަމަށް ބުނެ ދައުލަތުގެ ޖަވާބުގައި ފާހަގަކޮށްފައިވާ ކަންކަމަށް ރިޢާޔަތްކުރެއްވުމެއް ނެތި ކަމަށެވެ .
5.4- ކ.ދިއްފުށި ފަޅު ކުއްޔަށްދިނުމަށް ޙާމިދު އިސްމާޢީލާއި ދައުލަތާ ދެމެދު އޮތް އެއްބަސްވުން 2017 ޖޫން 19ގައި ދައުލަތުގެ ފަރާތުން ބާޠިލްކޮށްފައިވާކަން ދައުލަތުގެ ފަރާތުން ދައްކާފައިވާ ވާހަކަ ތަކުން އެނގެން އޮވެއެވެ .
5.5- ސިވިލް ކޯޓުގެ ނަންބަރު 4114/Cv-C/2019 ޤަޟިއްޔާގައި ޙާމިދު އިސްމާޢީލްގެ ފަރާތުން ދަޢުވާކޮށްފައިވަނީ، ކ.ދިއްފުށި ފަޅު ހިއްކައިގެން ރިޒޯޓެއް ތަރައްޤީކުރުމަށްޓަކައި ދިވެހި ދައުލަތާއި […] / މާލީ، ޙާމިދު އިސްމާޢިލާ ދެމެދު އެއްބަސްވާ މާއްދާތަކާއި ޝަރުޠުތައް ބަޔާންކޮށް 19 ފެބުރުއަރީ 2015 ގައި ދެ ފަރާތުގެ މެދުގައި ސޮއިކުރެވިފައިވާ އެއްބަސްވުން ބާޠިލުކުރުމަށް ނޯޓިސް ފޮނުވާފައިވަނީ އެ އެއްބަސްވުމާ ޚިލާފަށްކަމަށް ބުނެއެވެ . ދައުލަތުގެ ފަރާތުން އެއްބަސްވުން ބާޠިލުކުރީ ނުވަތަ އެއްބަސްވުން ބާޠިލްކުރުމަށް ނޯޓިސް ފޮނުވީ އެއްބަސްވުމާ ޚިލާފަށްތޯ ނުވަތަ ނޫންތޯ ކަނޑައެޅިގެންދާނީ ޙާމިދު އިސްމާޢީލްގެ ފަރާތުން ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ މައުޟޫޢުގައި ގޮތެއް ކަނޑައެޅިގެންދާއިރެއެވެ . މި ހިނދަށް ފުރަތަމަ ނަޒަރުން ބަލާލުމުން ފެންނަން އޮތް ޙަޤީޤަތަކީ ޙާމިދު އިސްމާޢީލާއި ދައުލަތާ ދެމެދު ކ.ދިއްފުށި ފަޅު ކުއްޔަށްދިނުމަށް އެއްބަސްވުމެއް ވެވުނުކަމާއި، އެ އެއްބަސްވުމުގެ ދަށުން ޙާމިދު އިސްމާޢީލްގެ ފަރާތުން އެތަނުގައި މަސައްކަތެއް ކޮށްފައިވާކަމާއި، އެއްބަސް ވުން ބާޠިލްކޮށްފައިވަނީ އެއްބަސްވުމާ ޚިލާފަށް ކަމަށް ޙާމިދު އިސްމާޢީލްގެ ފަރާތުން ބުނާ ބުނުމެވެ .
5.6- ޙާމިދު އިސްމާޢީލާއި ދައުލަތާ ދެމެދު އޮތް އެއްބަސްވުން ބާޠިލްކޮށް އެ އެއްބަސްވުމުގެ ދަށުން ދޫކޮށްފައިވާ ކ.ދިއްފުށި ފަޅު ކުއްޔަށް ދިނުމާބެހޭ ގޮތުން ދައުލަތާއި ރަފްލްސް ޑިވެލޮޕްމަންޓް ޕްރައިވެޓް ލިމިޓެޑާއެކު ލީސް އެއްބަސްވުމެއްގައި ސޮއިކޮށްފައިވާކަމަށް ދައުލަތުން ބުނެފައިވެއެވެ . އަދި ރަފްލްސް ޑިވެލޮޕްމަންޓް ޕްރައިވެޓް ލިމިޓެޑާއި މެރީނާ ޑިވެލޮޕްމަންޓް ޕްރައިވެޓް ލިމިޓެޑާ ދެމެދު އެ ފަޅާ ގުޅޭ ގޮތުން ޑީޑް އޮފް އެ ސައިންމެންޓެއްގައި ސޮއިކޮށްފައިވާކަމަށް ދައުލަތުން ބުނެފައިވެއެވެ . އަދި އެކަންކަމާވިދިގެން ކ.ދިއްފުށި ފަޅާ ގުޅޭ ގޮތުން ތިންވަނަ ފަރާތެއްގެ ޙައްޤެއް މިހާރު އުފަންވެފައިވާކަމަށް ދައުލަތުން ބުނެފައިވެއެވެ . އެހެންނަމަވެސް ތިންވަނަ ފަރާތެއްގެ ޙައްޤެއް އުފަންވެފައިވާކަމަށް ދައުލަތުން ބުނުން ފިޔަވައި އެ ތިންވަނަ ފަރާތުން އެތަނުގައި ކޮށް ފައިވާ ކަމެއް ނުވަތަ ކުރަމުންދާ ކަމެއް ބަޔާންކޮށްފައިނުވެއެވެ .
5.7- ކ.ދިއްފުށި ފަޅުގައި ޙާމިދު އިސްމާޢީލްގެ މުދަލާއި ސާމާނު މިހާރުވެސް ހުރިކަމާއި އަދި އެ ތަނުގައި ޙާމިދު އިސްމާޢީލް ޚަރަދުކޮށްގެން 05 ހެކްޓަރުގެ ބިން ހިއްކާފައިވާ ކަމަށް އެ ފަރާތުން ބުނެފައިވާއިރު އެ ބުނުމަށް ދައުލަތުގެ ފަރާތުން އިންކާރުކޮށްފައިވާކަން އެނގެން ނެތެވެ . ވީމާ، ސިވިލް ކޯޓުގެ ނަންބަރު 4114/Cv-C/2019 ޤަޟިއްޔާގެ ދަށުން ނެރެފައިވާ، ސިވިލް ކޯޓުގެ ނަންބަރު B2-CR2/VA/2020/01 ވަގުތީ އަމުރު ނެރެފައިވަނީ ޝަރުޢީ ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަކަށް ނުފެނެއެވެ . ޙުކުމް : ދެންފަހެ، އިސްވެ ފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު ކަންކަން އެގޮތުގެ މަތިން ހުރުމުން، ސިވިލް ކޯޓުގެ ނަންބަރު 4114/Cv-C/2019 ޤަޟިއްޔާގެ ދަށުން ނެރެފައިވާ، އެ ކޯޓުގެ ނަންބަރު B2-CR2/VA/2020/01 ވަގުތީ އަމުރު ނެރެފައިވަނީ ޝަރުޢީ ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށް ބަލާނެ 2020/HC-A/ 107 (. (. ox 0 > > , "", ,. • .J'.7.,1/'V.7V/. .A.J-.A t..r'V ~ > 0 > > ,.,. ~D ,. ~V.7V./. .A_?"" .,.A~J .? ~ ,. ,. >.,o,.>v;'J(: "~ ,. ~D ,.,.~D ,....,. ,. " "~ ,. .r .7.A./..? ~., t..r'.,l _r.?./." -"'.A~V(! .r'.A~./." tPA-"J,_A..;" ~., t...r'.,l ,. ~ ,. ,. / :1'::1':7~ :7 ~.; '"0~' 33 16471 ::....-:; •33 25029 ' /""J/"'/ /!.,Cfi'A ~~Y-:./ J e-""~-:.J'~ www- hi g h co urt -gov- mv ._,., i nfo@ h ighcourt -gov ·mv
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ޤާނޫނު ނަންބަރު 13/2010 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ހ) (އިސްތިއުނާފީ ނުކުތާތަކުގައި)
ޝަރީޢަތުގެ ވީޑިއޯ
މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.