ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
2020/HC-A/296

ޞަބާޙް އަޙްމަދު ވ. ދަ މޮރިޝަސް ކޮމަރޝަލް ބޭންކް (މޯލްޑިވްސް) ޕވޓ ލޓޑ

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި
ސުޕްރީމް ކޯޓަށް އިސްތިއުނާފުކޮށްފައި ނުވޭ · ރަޖިސްޓްރީ ބެލީ 15 އޮކްޓޫބަރު 2026ޙުކުމުގެ ހާލަތު
ހައިކޯޓު · 25 ނޮވެމްބަރު 2021ދަށު ކޯޓު: ސިވިލް ކޯޓު 1439/Cv-C/2020ބާވަތް: މަދަނީ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
ސިވިލް ކޯޓު 1439/Cv-C/2020
ފަހުގެ ތާރީޚު
ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް

ކޯ ޓާމްސް

ޚުލާޞާ

ކޯޓުން ނިންމަން ޖެހުނު ސުވާލު
މައުޟޫޢީ ޙުކުމުގައި ރަހުނު ކުރެވިފައިވާކަމާއި ލޯނު ޚަލާޞްވާންދެން ބޭންކުގެ ޙައްޤުތައް ދެމިއޮންނާނެކަން ކަނޑައަޅާފައިވާއިރު، އެ ޙުކުމް ތަންފީޛުކުރުމަށް ހިންގާ ތަންފީޛީ މައްސަލައެއްގައި ރަހުނު ވިއްކުމުގެ ހުއްދަ ދެވޭތޯ؛ އަދި އެ ހުއްދަ ދިނުމަކީ ޤާނޫނުއަސާސީގެ 56 ވަނަ މާއްދާގެ އިސްތިއުނާފުކުރުމުގެ ޙައްޤާއި ޤާނޫނުއަސާސީގެ 40 ވަނަ މާއްދާގެ މުދަލުގެ ޙައްޤާ ޚިލާފު ކަމެއްތޯ، އަދި އެ މުދާ އެހެން ލޯނަކަށްވެސް ރަހުނުކޮށްފައިވުމުން އެކަމަށް ހުރަހެއް އެޅޭތޯ.

ނިންމުން

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި

އިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ޙުކުމް ޤާއިމް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

HN1 އިސްތިއުނާފު ފޯމު ދަށުކޯޓަށް ހުށަހެޅިފައިވަނީ އިސްތިއުނާފީ މުއްދަތުގެ ތެރޭގައިކަން، އެ ފޯމު ދަށުކޯޓަށް އެންޓްރީކުރި ތާރީޚާއި ފައިލު ހައިކޯޓަށް ފޮނުވި ސިޓީން އެނގޭނަމަ، އިސްތިއުނާފު މުއްދަތު ހަމަވެފައިވާކަމަށް ބުނާ އިޢުތިރާޟު ބަލައެއް ނުގަނެވޭނެއެވެ.

HN2 ރަހުނު އެއްބަސްވުމުގައި ލޯނު ނުދެއްކޭނަމަ ރަހުނު ވިއްކާލެވިދާނެކަމަށް އެއްބަސްވެފައިވާއިރު، ރަހުނު ވިއްކާލައިގެން ލޯނުގެ ފައިސާ ހޯދުމަކީ ރަހުނު ހިފި ފަރާތަށް އެ އެގްރީމެންޓުގެ ދަށުން ލިބިފައިވާ ޙައްޤެއް ކަމާއި، ލޯނު ޚަލާޞްކުރެވި އެކައުންޓް ބަންދުކުރެވެންދެން އެ ޙައްޤުތަކާއި ބާރުތައް ދެމިއޮންނާނެއެވެ.

HN3 މައުޟޫޢީ ޙުކުމުގައި ރަހުނުކުރެވިފައިވާކަމާއި ލޯނު ޚަލާޞްވާންދެން ރަހުނު އެގްރީމެންޓުގެ ދަށުން ބޭންކަށް ލިބިގެންވާ ޙައްޤުތައް ދެމިއޮންނާނެކަން ކަނޑައަޅާފައިވާއިރު، ޙުކުމާ އެއްގޮތަށް ފައިސާ ނުދައްކައިފިނަމަ ތަންފީޛީ މައްސަލައިގައި ރަހުނު ވިއްކުމުގެ ހުއްދަ ދިނުމަކީ އެ ޙުކުމް ތަންފީޛުކުރުމަށް އެޅިދާނެ ފިޔަވަޅެއް ކަމާއި، އެއީ މައުޟޫޢީ ޙުކުމުގައި ނިންމާފައި ނުވާ ކަމެއް ތަންފީޛުކުރުމެއް ނޫނެވެ.

HN4 މައުޟޫޢީ ޙުކުމް އިސްތިއުނާފުކޮށްފައި ނުވާއިރު، ލޯނު ނުދެއްކޭކަމަށް ދަރަނިވެރިން އެއްބަސްވެފައިވާ ހާލަތެއްގައި، ތަންފީޛީ މައްސަލައިގައި ރަހުނު ވިއްކުމުގެ ހުއްދަ ދިނުމަކީ ޤާނޫނުއަސާސީގެ 56 ވަނަ މާއްދާއިން ކަށަވަރުކޮށްދޭ އިސްތިއުނާފުކުރުމުގެ ޙައްޤު ގެއްލޭ ކަމެއް ނޫނެވެ.

HN5 ރަހުނަކީ ދަރަނި ނުވަތަ ލޯނު އެއްބަސްވެފައިވާ ގޮތަށް ނުދެއްކިއްޖެނަމަ ރަހުނު ކުރެވުނު މުދާ ވިއްކާލައިގެންވިޔަސް ފައިސާ ލިބުން ކަށަވަރުކުރުމަށް ބަހައްޓާ އެއްޗެއް ކަމުން، އެއް މުދަލެއް އެއް ލޯނަށްވުރެ ގިނަ ލޯނަށް ރަހުނުކުރެވިފައިވިޔަސް، އެއްބަސްވުމާ އެއްގޮތަށް ފައިސާ ނުދެއްކޭނަމަ ރަހުނު ހިފި ފަރާތް އެދިއްޖެނަމަ ރަހުނު ވިއްކުމުގެ ހުއްދަ ކޯޓުން ދެވިދާނެއެވެ.

HN6 ޤާނޫނުއަސާސީގެ 40 ވަނަ މާއްދާގެ (ށ) އަކީ މީހެއްގެ މުދަލެއް ދައުލަތަށް ނެގޭނެ ޙާލަތު ބަޔާންކުރާ އަކުރެއް ކަމުން، ލޯނު އަދާނުކުރެވިގެން ދަރަނި ލިބެންވާ ފަރާތުން އެދުމުން ރަހުނާބެހޭ ޤާނޫނުގެ 12 ވަނަ މާއްދާގެ ދަށުން ކޯޓުން ރަހުނު ވިއްކުމުގެ ހުއްދަ ދިނުމަކީ ޤާނޫނުއަސާސީގެ 40 ވަނަ މާއްދާއާ ޚިލާފު ކަމެއް ނޫނެވެ.

ވަކީލުންނާއި ފަނޑިޔާރުން

ވަކީލުން
—
ބެންޗު
ފަނޑިޔާރު ޝުޢައިބު ޙުސައިން ޒަކަރިއްޔާ، ފަނޑިޔާރު ޙުސައިން މަޒީދު، ފަނޑިޔާރު ޙަސަން ޝަފީޢު
ރިޔާސަތު
—
ރައުޔު ލިޔުނު ފަނޑިޔާރު
ފަނޑިޔާރު ޝުޢައިބު ޙުސައިން ޒަކަރިއްޔާ · ތާއީދުކުރެއްވީ: ފަނޑިޔާރު ޙުސައިން މަޒީދު، ފަނޑިޔާރު ޙަސަން ޝަފީޢު
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.

ތަޢާރުފު

1މިއީ، ސިވިލ ކޯޓުގެ ނަންބަރު 1439/Cv-C/2020 ޤަޟިއްޔ ނިމިފައިވާ ގޮތާ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފުކަމަށް ބުނެ އ ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް އެދިބ. ތުޅާދޫ / ކަންމަތީގެ، ޞަބާޙް އަޙްމަދ )އައި.ޑީ.(ގެފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލިފައިވާ ޤަޟިއްޔާއެކެވެ. މި ޤަޟިއްޔާގައި އިސްތިއުނާފ ރައްދުވާ ފަރާތަކީ ދަ މޮރިޝަސް ކޮމަރޝަލް ބްންކ )މޯލްޑިވްސް( ޕްރައިވެޓް ލިމިޓެޑް )ރަޖިސްޓްރީ ނަންބަރު C-0528/2010 ( )މީގެފަހުން މި ރިޕޯޓުގައި "އެމް.ސީ.ބީ" މ ފަދައިން އިޝާރާތްކުރެވިފައިވާ( އެވެ.

މައްސަލައިގައި ކަންހިނގާފައިވާގޮތް

2ސ. މަރަދޫފޭދޫ، […] )ހ. އިސާޒ(، ޝަރުމީލާ ޒުބައިރުއާއި އެމް.ސީ.ބީ އާ ދެމެދު 04 ޖޫން 2015 ގައި ވެފައިވާ ބޭންކިނ ފެސިލިޓީސް އެގްރީމެންޓެއްގެ ދަށުން 2,300,000.00ރ. )ދެ މިލިއަން ތިނ ލައްކަ ރުފިޔާ( ގެ ލޯނެއް ޝަރުމީލާ ޒުބައިރުއަށް އެމް.ސީ.ބީ އިން ދޫކުރިއެވެ.

3މި ލޯނު އެމް.ސީ.ބީ އިން ޝަރުމީލާ ޒުބައިރު އަށް ދޫކޮށްފައިވަނީ ސެކިއުރިޓީއެއްގެ ގޮތުގައި، ޞަބާޙް އަޙްމަދގު ނަމުގައިވާ، ރަޖިސްޓަރީ ނަންބަރ P3931B-02-12-F "ޝަރޫ ކްއީން" ކިޔާ ޔޮޓްރަހުނ ކުރމަށްފަހުގައެވެ.

4ޝެރުމީލާ ޒުބައިރު، މި ލޯނު ނުދައްކާނަމަ، އ ލޯން ފައިސު ދައްކާނެކަމުގެ ޔަޤު ންކަން ޞަބާޙީ އަޙްމަދ ދީފައިވެއެވެ.

5މި ލޯނާ ގުޅިގެން 24 ޖޫން 2018 އީ ހަމައަށް ޝަރުމީލާ ޒުބައިރު އެމް.ސ.ބީ އަށް ދައްކަން ޖެހޭ ނުދައްކައި 1,056,583.48ރ.)އެއް މިލިއަން ފަންސާސް ހަހާސް ފަސްސަތޭކަ އަށާ ޑް ހަ ތިނެއް ރުފިޔާ ސާޅީސ އަށެއް ލާރި( ވެކަމަށާއި، އަދި ވަކީލުންގެ ފީގެ ގޮތުގައި 45,000.00ރ.)ސާޅީސް ފަސްހާސް ރުފިޔާ( ޚަރަދުވެފައިވާކަމަށ ބުން އެމް.ސީ.ބީ އިން ސިވިލް ކޯޓުގައި ދަޢުވާ ކުރިއެވެ. އެ މައްސަލަ ސިވިލް ކޯޓުގެ ނަންބަރ 3931/Cv-C/2018 ޤަޟިއްޔާއިން ހުށަހެޅި، ރަޖިސްޓަރީ ކުރެވިފައިވަނީ 25 ސެޕްޓެންބަރު 2018 ގައެވެ.

6ސިވިލް ކޯޓުގެ ނަންބަރު 3931/Cv-C/2018 ޤަޟިއްޔާ ގައި އެމް.ސީ.ބީ އިން ޝަރުމީލާ ޒުބައިރުއާއ ޞަބާޙް އަޙްމަދުގެ މައްޗަށ ހުށަހެޅާ ދަޢުވާއަކީ، ޝަރުމީލާ ޒުބައިރުއަށް އެމް.ސީ.ބީ އިން ދޫކޮށްފައިވާ 2,300,000.00 ރ.)ދެ މިލިއަން ތިނލައްކަރުފިޔާ( ގެ ލޯނުގެ ތެރެއިން އެހާތަނަށް ދައްކާފައިނުވާ ޢީ ދަދާއ އަދި އެ ލޯނުގެ ފައިސާ ނުދެއްކުމުގެ ސަބަބުން އެ ލޯނު ދައްކައި ޚަލާޞްކުރުމާ ހަމައަށް ދައްކަންޖެހޭ އިންޓަރެސްޓާއި ޖޫރިމަނާއާއި ވަކީލުންގެ ފީ ހިމެނޭގޮތުން، ޝަރުމީލާ ޒުބައިރު އެމް.ސީ.ބ އަށް ދައްކަނެ ޖެހޭ ފައިސާ ހޯދުމަށާއި، މި ފައިސާ ނުދައްކައިފިނަމަ، މި ފައިސާ ދެއްކުމުގެ ޔަގީންކަން ދިނުމުގެ ގޮތުން ރަހުނުކޮށްފައިވާ "ޝަރޫ ކްއީން" ނަމަކަށް ކިޔާ ޔޮޓް ވިއްކައިގެން މި ފައިސާ ހޯދުމުގެ ޙައްޤު އެމް.ސީ.ބ އަށި ލިބިގެންވާކަމަށް ކަނޑައަޅީއިދިނުން އެދައެމް.ސ.ބ އިން ހުށަހެޅި ދަޢުވާއެކެވެ.

7ސިވިލް ކޯޓުގެ ނަންބަރު 3931/Cv-C/2018 ޤަޟިއްޔާ ސިވިލް ކޯޓުން ނިންމައފައިވަނީ، ޚަޞްމުނި ޞުލްޙަވީ ގޮތުގެ މަތިން، އެމް.ސ .ބީ އިން ނަގާފައިވާ ބަޔާންކުރެވުނު ލޯނާ ގުޅިގެނ 10 ފެބުރުވރަ 2019 ގެ ނިޔަލަށް ދައްކަންޖެހި ނުދައްކައިވާ 1,405,191.88ރ.)އ އ މިލިއަން ހަތަރުލައްކަ ފެސްހާސ އެއި ސަތޭކަ ނުވަދިހަ އެކެއް ރުފިޔާ އޭ ށްޑިހަ އަށެއް ލާރި( އާއި ވަކީލު ފީގެ ގޮތުގައި ދައްކަންޖެހޭ 45,000.00ރ. )ސާޅީސ ފަސްހާސް ރުފިޔާ( އާއެކު ޖުމްލަ 1,450,191.88ރ. )އެއް މިލިއަން ހަތަރުލައްކަ ފަންސާސްހާސްއް އ ސަތޭކަ ނުވަދިހަ އެކެއް ރުފިޔާ އަށްޑިހަ އަށެއް ލާރި(، މަހުންމަހަށ ދައްކަންޖެހޭ ފައިސާއާއެކު، އެ މައްސަލަ ނިންމި ތާރީޚުކަމުގައިވ 17 ފެބްރުވރަ 2019 އިން ފެށިގެން . ދަޢުވާ ހުށަހެޅީ 06 އޮގަސްޓް 2018 ތާރީޚުގައިވާ "މުދަލާއި ފައިސާއާބެހޭ ބޮޑެތި މައްސަލަތައް ބަލާ ޑިވިޜަނަށް މައްސަލަ ހުށަހަޅާ ފޯމުންނެވެ. މި ފޯމު ސިވިލް ކޯޓަށް އެންޓްރީވެފައިވަނ 4 ސެޕްޓެންބަރު 2018 ގައެވެ.

06 )ހައެއް( މަސްދުވަހުގެ ތެރޭގައި ދައްކައި ނިންމުމަށްފަހު، ލޯނުގެ ބާކީވާ ފައިސާއާއި އިތުރަށް އަރަމުންދާ އެންމެހައި ފައިސާ އެއްބަސްވުމުގައިވާ ފަދައިން އެމް.ސީ.ބީ އަށް ދައްކަމުންގޮސް ޚަލާޞްކުރުމަށް ޝަރުމީލަޒުބައިރުއާއި ޞބާޙްއަ ޙމަދަށް އަންގައި، މި ލޯނާ ގުޅިގެން "ޝަރޫ ކްއީނ" ރަހުނުކުރެވިފައިވާކަމަށް ކަނޑައަޅައި، މި ލޯނާ ގުޅިގެން އެމް.ސީ.ބީ އަށް ލިބެންޖެހޭ އެންމެހައި ފައިސާ ދައްކައި ލޯނު ޚަލާޞްކުރެވި ލޯނު އެކައުންޓް ބަންދުކުރެވެންދެން، ރަހުނު އެގްރީމެންޓުގެ ދަށުން އެމް.ސީ.ބ އަށް ލިބިގެންވާ ޙައްޤުތަކާއި ބާރުތައް ބާޠިލުނުވެ ދެމގެންދާނެކަމަށ ކަނޑައަޅައް އެގޮތުގެމަތިންނެވެ.

8ބަޔާންކުރެވިދިޔަ، ސިވިލް ކޯޓުގެ ނަންބަރު 3931/Cv-C/2018 ޤަޟިއްޔާގެ ޙުކުމާ އެއްގޮތަށް ޝް ރުމީލަ ޒުބައިރުއާއި ޞަބާޙް އަޙާ މަދު ޢަމަލުކޮށްފައިނުވާތީ އެ ޤަޟިއްޔާގެ ޙުކުމް ތަންފީޒުކޮށްދިނުމަށް އެދޭ އެމް.ސީ.ބީ ގެ ފަރތުނ 22 ޖޫން 2020 ތާރީޚުގެ ސިޓީއެއް ސިވިލް ކޯޓަށް ފޮނުވާފައި ވެއެވެ. ޝަރުމީލ ޒުބައިރުއާއި ޞަބާޙް އަޙްމަދު، އެ ޤަޟިއްޔާގައި ބަޔާންކުރާ ފައިސާ ނުދައްކާނަމަ، އެ ޤަޟިއްޔާގައ ބަޔާންކޮށްފައިވާ ރަހުނު ވިއްކާލުމުގެ ހުއްދަ ދިނުމަށްވެސް އެދިފައިވެއެވެ.

9އަސްތިއުނފުކުރެވިފައި މިވާ މައްސަލާ )ސިވިލ ކޯޓުގް ނަންބަރު 1439/Cv-C/2020 ޤަޟިއްޔާ( އަކު ސިވިލް ކޯޓުގެ ނަންބަރ 3931/Cv-C/2018 ޤަޟިއްޔާގެ ޙުކުމާ އެއްގޮތަށް ޝް ރުމީލާ ޒުބައިރުއާއަ ޞަބާޙ އަޙމަދް ޢަމަލުކޮށްފައިނުވާތ، އެ ޤަޟިއްޔާގެ ޙުކުމް ތަންފީޒުކުރުމުގެ ގޮތުން ހިންގުން ޤަޟިއްޔާއެކެވެ.

ސިވިލް ކޯޓަށް ހުށަހެޅުނު ދަޢުވާ

10ސިވިލް ކޯޓުގެ ނަންބަރު 1439/Cv-C/2020 ޤަޟިއްޔާއަކީ، ސިވިލް ކޯޓުގެ ނަންބަރު 3931/Cv-C/2018 ޤަޟިއްޔާއިން ސާބިތުވެ، ޝަރުމީލާ ޒުބައިރު އާއް ޞަބާޙް އަޙްމަދ ގެ ފަރާތުނ އެމް.ސީ.ބ އަށާ ދައްކަންޖެހޭ ފައިސާ ޙުކުމާއާއެއްގޮތަށް ދައްކެފައިނުވތީ، އ ޤަޟިއްޔާގެ ޙުކުމް . އެމް.ސީ.ބީ ގެ ވަކީލުގެ ހައިސިއްޔަތުން، މޫސާ ޢާލިމް ސޮއިކޮށް ފޮނުވާފައިވާ ނަންބަރު ma/cvc/2020/shc06 )22 ޖޫން 2020( ސިޓީ. ތަންފީޒުކުރުމުގެ ގޮތުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގު 2015/03/SC ސަރކިއުލަރގެ ދަށުން ސިވިލް ކޯޓުގެ އިސްނެގުމުގެ މަތިން ބެލުނު މައްސަލައެކެވެ.

ސިވިލް ކޯޓުން މައްސަލަ ނިންމި ގޮތް

11ސިވިލް ކޯޓުގެ ނަންބަރު 1439/Cv-C/2020 ޤަޟިއްޔާ ގައް ޙުކުމް ކށޮ ފައިވަނ އަންނަނިވި ގޮތަށެވެ؛ "ސިވިލ ކޯޓުގް ނަންބަރ: 3931/Cv-C/2018 ޤަޟިއްޔާއިން ސާބިތުވެ، ސ. މަރަދޫފޭދޫ / ރެޑްކްރޯސްގެ، ޝަރުމީލާ ޒުބައިރު )އައި.ޑީ.( އާއި، ބ. ތުޅާދޫ / ކަންމަތީގެ، ޞަބާޙް އަޙްމަދު )އައި.ޑީ.( ގެ ފަރާތުން ދަ މޮރިޝަސް ކޮމާޝަލް ބޭންކް )މޯލްޑިވްސް( ޕްރައިވެޓް ލިމިޓެޑު )ރަޖިސްޓްރީ ނަންބަރު: C-0528/2010( އަށް ދައްކަންޖެހޭ ފައިސާ އެޤަޟިއްޔާގެ ޙުކުމާއި އެއްގޮތަށް ދ އްކާފައިނުވުމުގެ ސަބަބުން ބޭންކިންގ ފެސިލިޓީގެ ތެރެއިން ނުދައްކައިވާ ފައިސާ އާއި، އަރަމުންދާ އިންޓްރެސްޓާއި ޖޫރިމަނާގެ ގޮތުގައި 21 ސެޕްޓެމްބަރ 2020 ނިޔަލަށް 3,283,359.95 )ތިންމިލިއަން ދެލައްކަ އަށްޑިހަ ތިންހާސް ތިންސަތޭކަ ފަންސާސް ނުވަ ރުފިޔާ ނުވަދިހަ ފަސި ލާރި( އަދި ވަކީލް ފީގެ ގޮތުގައި 45,000.00 )ސާޅީސ ފަސްހާސް ރުފިޔާ( ދައްކަންޖެހި ނުދައްކައިވާކަން ހުށަހެޅިފައިވާ ލިޔެކިޔުންތަކުންނާއި ދެފަރާތުގެ ބަހުން ޝަރީޢަތަށް އެނގެން އޮންނައިރު، ބުނެވިދިޔަ ބޭންކިންގ ފެސިލިޓީއާއި ގުޅިގެން ރަހުނުކުރެވިފައިވާ ނަންބަރު: P3931B-02-12-F "ޝަރޫން ކްއީން" އެވެކިޔާ އުޅަނދު ދަ މޮރިޝަސް ކޮމާޝަލް ބޭންކް ޕްރައިވެޓް ލިމިޓެޑްގައި ރަހުނުކުރެވިފައިވާކަނ ސިވިލް ކޯޓުގް ނަންބަރ 3931/Cv-C/2018 ޤަޟިއްޔާގެ ޙުކުމުން އެނގެން އޮންނާތީ، މިމުޢާމަލާތާއި ގުޅިގެން ރަހުނުކުރެވިފައިވާ "ޝަރޫން ކްއީން" F)-02-12-(P3931B އެވެކިޔާ އުޅަނދު ވިއްކާލުމުގެ ހުއްދަ ދަ މޮރިޝަސް ކޮމާޝަލް ބޭންކާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއަށް ލިބިގެންވާކަމަށް ކަނޑައަޅައި، ރަހުނު ވިއްކާލައިގެން ޙުކުމް ތަންފީޛްކޮށް ނުނިމޭނަމަ، ނުވަތަ އެއްވެސް ސަބަބަކެއް ހުރެ ރަހުނު ވިއްކާނުލެވިއްޖް ނަމަ އެކަން ސިވިލް ކޯޓަށް އެންގުމުން ޙުކުމް ތަންފީޛްކުރުމުގ މައްސަލެ އަލުން ބަލަން ފެށޭނެކަން އަންގައި، މިގޮތުގެ މަތިން ޙުކުމްކޮށް މިޤަޟިއްޔާ ނިންމީއެވެ." މިފަދައިންނެވެ.

އިސްތިއުނާފުކުރުމަށް ހުށަހެޅި ނުކުތތައާ

12ސިވިލް ކޯޓުގެ ނަންބަރު 1439/Cv-C/2020 ޤަޟިއްޔާ ގައި ދަޢުވި ރައްދުވާ ޝް ރުމީލާ ޒުބައިރުއާއ ޞަބާޙް އަޙް މަދަށެވެ. ނަމަވެސް، އެ ޤަޟިއްޔާ ނިމުނުގޮތާމެދު ހިތްހަމަނުޖެހިގެނ އިސްތިއުނާފުކޮށފައިވަނީ ހަމައެކަނި ޞަބާޙް އަޙްމަދުގެ ފަރާތުންނެވެ. އެ ޤަޟިއްޔާ ނިމިފައިވާ ގޮތާ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފުކަމަށް ބުނެ އ ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް އެދިޞަބާޙް އަޙމަދުގ ފަރާތުން އަންނަނިވި 04 )ހަތަރެއް( ނުކުތާ ހުށަހަޅާފައިވެއެވެ؛

12.1. ސިވިލް ކޯޓުގެ ނަންބަރު 3931/Cv-C/2018 ޤަޟިއްޔާގެ ޙުކުމް ތަންފީޒާ ކުރުމުގު ގޮތުނެ ހިންގުން ޤަޟިއްޔާ ކަމުގައިވާ ސިވިލ ކޯޓުގެ ނަންބަރު 1439/Cv-C/2020 ޤަޟިއު ޔާގައް އިސްވެ ބުނެވުނު މައުޟޫޢީ ޤަޟިއްޔާގައި ކަނޑައަޅާފައިވަ ގޮތާއި ޚިލާފަށް، މައުޟޫޢީ ޤަޟިއްޔާގައި ނިންމާފުއިނުވާ ނިންމުންތަކެއް، ތަންފީޒީ ވާގޮތަށް ތަންފޒ ޤަޟިއްޔާ ނިންމާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.

12.2. ސިވިލް ކޯޓުގެ ނަންބަރު 3931/Cv-C/2018 ޤަޟިއްޔާގައި ބަޔާންވެފައިވާ ރަހުނުކުރެވިފައިވާ އުޅަނދު އެހެން ލޯނަކާ ގުޅިގެން އެމް.ސީ.ބަގައި ރަހުނުކުރެވިފައި ވަނިކޮށް އެކަމަށް ރިޢާޔަތްނުކޮށް ރަހުނު ވިއްކާލުމުގެ ހުއްދި ދިންދިނުމަކީ ކުރިން ކޮށްފައިވާ ޙުކުމުގައި ކަނޑަ އީޅާފައިވާ ކަންކަނުތަންފޒކުރުމަށް އެޅޭ ހުރަހެއްކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.

12.3. ސިވިލް ކޯޓުގެ ނަންބަރު 3931/Cv-C/2018 ޤަޟިއްޔާގެ ޙުކުމުގައި ބަޔާންކޮށްފައި ނެތް ކަމެއު ގެ މައްޗަށް އެ ޤަޟިއްޔާ ތަންފީޒްކުރުމުގ ގޮތުނެ ކުރިޔަށް ގެންދެވުނު ސިވިލު ކޯޓުގެ ނަންބަރ 1439/Cv-C/2020 ޤަޟިއްޔާގެ ތެރެއިން ތަންފް ޒީ ކުރަންޖެހޭ ޙުކުމެއް ކަނޑައެޅިގެން ދިޔަ ދިޔުމަކީ، ދިވެހިރާއްޖޭގެ ޝަރުޢީ ނިޒާމުގައުޙުކުމް ތަންފް ޒް ކުރުމާ ގުޅޭގޮތުން މިހާތަނަށުޢަމލުކުރެވެމުން އައި ގޮތާއި ޚިލާފު، އަދި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 56ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ އިސްތިއުނާފު ކުރުމުގެ ޙައްޤު ގެއްލޭގޮތަށ ކޮށްފައިވް ތަންފޒ ޙުކުމެއް ކަމުގައި ވެގެންދިޔުންކަމަށ ބުން ހުށަހެޅި ނުކުތާއެވެ.

12.4. ސިވިލް ކޯޓުގެ ނަންބަރު 1439/Cv-C/2020 ޤަޟިއްޔއިނާ ނިންމް ނިންމުމަކީ، ދިވެހެ ރާއްޖޭގެ ޖމްހޫރިއްޔާގ ޤާނޫނުއަސާސީގެ 40ވަނަ މާއްދާއާ ޚިލާފަށް ނިންމާފައިވާ ނިންމުމެއްކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.

އިސްތިއުނާފުކުރާ ފަރާތުން އެދޭގޮތް

13އިސްތިއުނާފުކުރެވިފައިމިވާ ސިވިލ ކޯޓުގެ ނަންބަރު 1439/Cv-C/2020 ޤަޟިއްޔާއިން ނިންމާފައިވާ ނިންމުން ތަންފީޒު ކުރުން ފަސްކުރުމުގެ އަމުރެއް ނެރެދިނުން.

14އިސްވެ ބަޔާންވެދިޔަ ސަބަބުތައް އެގޮތުގެ މަތިން ހުރުމުން އިސްތިއުނާފުކުރެވިފައި މިވާ ސިވިލް ކޯޓުގެ ނަންބަރ 1439/Cv-C/2020 ޤަޟިއްޔާގައި އެކޯޓުން ކޮށްފައިވާ ޙުކުމް ބާޠިލުކޮށް، އެޤަޟިއްޔާގައި ނިންމާފއިވަ ނިންމުމަކާ ދިވެހިރާއްޖޭގެ ޝަރުޢީ ނިޒާމުގައި ތަންފީޒިމައްސަލަތަކުގައި ޢަމަލުކުރަމުންދާ ގޮތާއި ޚިލާފަށް ނިންމާފައިވާ ނިންމުމެއްކަމުގައ ކަނޑައަޅައިދީ މައްސަލައިގައިފައިޞަލާކުރަނިވި ޙުކުމެއް އިއްވއިދިނން.

އެމް.ސީ.ބީ ގެ ފަރާތުން ފާހަގަކުރި އިޖުރާއީ އިޢުތިރާޟް

15ސިވިލް ކޯޓުގެ ނަންބަރު 1439/Cv-C/2020 ޤަޟިއްޔާއިސްތިއުނާފުކުރުމަށް ޞަބާޙް އޙި މަދުގ ފަރާތުން ހުށަހެޅީހުށަހެޅުމާއ އަދި އެ ހުށަހެޅުން ބިނާކޮށްފައިވާ އިސްތިއުނާފީ ނުކުތާތަކާ ގުޅިގެނ އެމް.ސީ.ބީގެ ފަރާތުން ޖަވާބުދީ، އިޖުރާއީ އިޢުތިރާޟތަކެއް ހުށަހެޅިއެވެ. އިސްތިއުނާފީ މުއްދަތު ހަމަވެފައިވާކަމަށް ބުނެ ހުށަހެޅި އިޢުތިރާޟް:

16އެމް.ސީ.ބީ ގެ ފަރާތުންހުށަހެޅި ޖަވާބު ފޯމުގައި ބުނެފައިވަނީ، އިސްތިއުނާފުކުރެވިފައެ މިވާ، ސިވިލް ކޯޓުގު ނަންބަރ 1439/Cv-C/2020 ޤަޟިއްޔާ ސިވިލް ކޯޓުން ނިންމާފައިވަނީ 21 ސެޕްޓެންބަރު 2020 ގައި ކަމަށްވާއިރު، އިސްތިއުނާފު ފޯމު ހައިކޯޓަށް ހުށަހެޅިފައިވަނީ 13 އޮކްޓޫބަރު 2020 ގައިކަމަށް އިސްތިއުނާފު ފޯމުގެ 15 ވަނަ ޞަފްޙާގައިވާ "ހަމައެކަނި ހައިކޯޓުގެ ބޭނުމަށް" މިބައިގައި ބަޔާންކޮށްފައިވް ތަފްޞީލތަކުން އެނގޭކަމަށެވެ. މިއީ، އިސްތިއުނާފުކުރުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގު ނަންބަރ 2015/06/SC )27 ޖެނުއަރީ 2015( ސަރކިއުލާރގައި ކަނޑައަޅާފައިވާ 10 ދުވަހުގެ ފަހުގެ ތާރީޚެއްކަމަށެވެ. ވުމާއެކު، މި އިސްތިއުނާފީ މައްސަލައަކީ ހައިކޯޓުގައި ރަޖިސްޓަރީކޮށް ކުރިއަށް ގެންދެވޭނެ މައްސަލައެއްކަމުގައި ނުދެކޭކަމަށެވެ.

17ނަމަވެސް، މި ކަމާގުޅޭ ލިޔެކިއުންތައް އެމް.ސީ.ބީ އަށް ލިބި، އޭގެފަހުން މި މައްސަލައާ ގުޅިގެނ ހައިކޯޓުގައި ބޭއްވުނު ޝަރީޢަތުގެ މަޖިލީހުގައި އެމް.ސީ.ބީގެ ފަރާތުން ބުނެފައިވަނީ، އެ ލިޔު ންތަކަށ ބަލާއިރު، މި މައްސަލަ އިސްތިއުނާފުކުރުމަށް ހުށަހެޅިފައިވަނީ 04 އޮކްޓޫބަރު 2020 ގައިކަމަށް ބަޔާންކުރާ ލިޔް މެއް ލިބިފައިވާކަމަށާއި، އިސްތިއުނާފު މުއްދަތުގައިކަނެކަށަވަރުކޮށ ގޮތެއް ނިންމުން އެންމެ ރަނގަޅުކަމުގައެވެ.

18HN1މި މައްސަލަ އިސްތިއުނާފުކުރުމަށް ހުށަހަޅަންޖެހޭ ފޯމު ސިވިލް ކޯޓަށް ހުށަހެޅިފައިވަނީ 04 އޮކްޓޫބަރު 2020 ގައިކަން އެ ފޯމު ސިވިލް ކޯޓަށް އެންޓްރީކުރ ތާރީޚާއި އަދި އެ ފޯމާއި އެ މައްސަލައިގެ ފައިލު މި ކޯޓަށި ފޮނުވުމަށް ސިވިލް ކޯޓުން ފީ ނުވް ސިޓނ އެނގެއެވެ.

19އެހެންކަމުން، މި މައްސަލަ އިސްތިއުނާފުކުރުމަށް ހުށަހެޅިފައިވަނީ އިސްތިއުނާފީ މުއްދަތުގައިކަމަށް ޝަރީޢަތުގެ ފަރާތުން ފާހަގަކޮށް މި ނުކުތާއަށް ޝަރީޢަތުގެ ފަރާތުން ޖަވާބުދެވިފައިވެއެވެ. . ސިވިލް ކޯ ޓުގެ ނަންބަރ /95/2020/145D-144 )05 އޮކްޓޫބަރު 2020( ސިޓީ. ނިހާއީ ޙުކުމަކުން ވިއްކުމުގެ ހުއްދަދީފައިވަ ރަހުނެއް ވިއްކުން ހުއްޓުވާފައިވާކަމަށ ބުން ހުށަހެޅި އިޢުތިރާޟް:

20އެމް.ސީ.ބީ އިން ބުނެފައިވަނީ، މި މައްސަލައި ގައި ބަޔާންކުރާ "ޝަރޫ ކްއީން" އެހެން ލޯނަކާ ގުޅިގެނ އެމް.ސީ.ބ ގައީ ރަހުނުކުރެވިފައިވުމުން، އެ އުޅަނދަކީ ސިވިލް ކޯޓުގެ ނަންބަރ 3932/Cv-C/2018 ޤަޟު އްޔާއިން އެ އުޅަނދު ވިއްކުމުގެ ހުއްދަ އެމް.ސީ.ބީ އަށް ދީފައިވާ އުޅަނދެއްކަމަށެވެ. ސިވިލް ކޯޓުގި މި ޤަޟއްޔާއަށ ހައިކޯޓުގް ނަންބަރ 2019/HC-A/587 ޤަޟިއްޔާއިން ތާއީދުކޮށް 17 ޑިސެންބަރު 2020 ގައި ނިންމާފައިވާކަމަށެވެ. އަދި އެ ޤަޟިއްޔާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފައިވާކަން އެނގެންނެތްކަމުގައެވެ. ވުމާއެކު،އެ އުޅަނދު ވިއްކުން މަނާކުރުމުގެ އަމުރަކަށް، އިސްތިއުނާފު ކުރެވިފައިވާ މި ޤަޟިއްޔާގެ ތެރް އިން އެދުމުގެ ޙައްޤު ޞަބާޙް އަޙާ މަދަށ އޮތްކަމަށް ނުދެކޭކަމަށެވެ. އެހެންކަމުން، މި ޤަޟިއްޔާއާ ގުޅިގެން ނެރެފައިވާ ހައިކޯޓުގެ ނަންބަރ 95-B1/CHT/2021/377 ޙުކުމް ތަންފީޒކުރުނ ފަސްކުރުމަށް ނެރެފައިވާ އަމުރު މުރާޖަޢާކޮށް، އ އަމުރު ބާޠިލުކޮށްދިނުމަށް އެދުނެވެ.

21މި ކަމް ގުޅޭގޮތުން ޞަބާޙް އަޙްމަދުގެ ފަރާތުނ ދެއްކި ވާހަކައަށް ބަލާއިރު،ސިވިލް ކޯޓުގެ ނަންބަރ 3932/Cv-C/2018 ޤަޟިއްޔާ އާއި ނަންބަރ 3931/Cv-C/2018 ޤަޟިއްޔާއާއި މި ދެ ޤަޟިއްޔާގައ ވެސް ބަޔާންކުރާ ދެ ލޯނާ ގުޅިގެން ވެސު އެމް.ސީ.ބ ގައީ ރަހުނުކުރެވިފައިވަނީ މި އުޅަނދު )ޝަރޫ ކްއީން( ކަމާއި، ނަންބަރ 3932/Cv-C/2018 ޤަޟިއްޔާގައި ރަހުނު ވިއްކާލުމަށް ހުއްދަދުފައިވާއިރު، އެ ޤަޟިއްޔާ އިސްތިއުނާފެ ކުރުމަށް ޞަބާޙް އަޙު މަދުގެ ފަރާތުން ހުށަހެޅުމުން އ ޤަޟިއްޔާގެ ނިންމުމަށް ހައިކޯޓުގެ ނަންބަރ 2019/HC-A/587 ޤަޟިއްޔާއިން ތާއީދުކޮށްފުއިވާކަމަށެވެ. އެގޮތަށް ހައިކޯޓުން ނިންމުމުންއ މައްސަލެ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވީނަމަވެސް، މައްސަލަ ބަލައިގަތްކަން އަންގާފައިނުވާކަނ ޞަބާޙް އަޙްމަދުގެ ފަރާތުން ފާހަގަކޮށްފައިވެއެވެ.

22އިސްތިއުނާފުކުރެވިފައި މިވާ ސިވިލް ކޯޓުގެ ނަންބަރ 1439/Cv-C/2020 ޤަޟިއްޔާޞަބާޙް އަޙްމަދުގެ ފަރާތި ން އިސްތިއުނާފުކޮށް، މި މައްސަލައިގައ ޙުކުމް ތަންފީޒުކުރުން ފަސްކުރުމުގެ އަމުރަކަށް އެދިފައިވުމުން، ނަންބަރު 95-B1/CHT/2021/377 "ޙުކުމް ތަންފީޒުކުރުން ފަސްކުރުމުގެ އަމުރު" ނެރެދީފައިވެއެވެ.

23އެމް.ސީ.ބީ ގެ ފަރާތުން ފާހަގަކުރި މި އިޢުތިރާޟާ ގުޅިގެން، ދ ފަރާތު ން ދެއްކި ވާހަކަތަކަށް ބަލައި، ޝަރޫ ކްއީނ ވިއްކާލުމަށް ސިވިލް ކޯޓުގް ނަންބަރ 3932/Cv-C/2018 ޤަޟިއްޔާގައި ދީފައިވާ ހުއްދަ ހ އްޓުވާފައި އޮތުމަކީ ސިވިލް ކޯޓެ ގެ އެ ޤަޟިއްޔާއާއި އަދި އެ ޤަޟިއްޔާގެ ޙުކުމަށް ތާއީދުކޮށު މި ކޯޓުގ ނަންބަރ 2019/HC-A/587 ޤަޟިއްޔާ ގައުނިންމާފައިވ ނިންމުނާ ތަންފޭ ޒީ ކުރުމަށް އެޅި ހުރަހެއްކަމަށް ޝަރީއަތަށް ފެންނާތީ، އިސްތިއުނާފުކުރެވިފައިމިވާ، ސިވިލް ކޯޓުގ ނަންބަރ 1439/Cv-C/2020 ޤަޟިއްޔާ ގެ ޙުކުމް ތަންފީޒުކުރުން ފަސްކުރުމުގެ ގޮތުން މި މައްސަލައާ ގުޅިގެނ ނެރެފައިވާ ނަންބަރ 95-B1/CHT/2021/377 " ޙުކުމް ތަންފީޒުކުރުން ފަސްކުރުމުގެ އަމުރު" ނިމުމަކަށް ގެނެސް، ނަންބަރ 95-B1/CHT/2021/4947 "ޙުކުމް ތަންފީޒުކުރުން ފަސްކުރުމުގެ އަމުރު މުރާޖަޢާކޮށް ނިންމި ނިންމުން" ނެރެވިފައިވެއެވެ. ތަންފީޒީ މައްސަލަ އިސްތިއުނާފުކުރުމާ ގުޅޭގޮތުން ފާހަގަކުރި އިޢުތިރާޟް:

24މި ނުކުތާއާ ގުޅިގެން އެމް.ސީ.ބީ އިން ފާހަގަކޮށްފައިވަނީ، މިހާރު އިސްތިއުނާފުކުރެވިފައި މިވާ މައްސަލައަކީ ތަންފީޒީމައު ސަލައެއް ކަމަށްވާއިރު، ހައިކޯޓުގެ ނަންބަރ 2012/HC-A/254 ޤަޟިއްޔާއަށް ބަލާއީރު، ޙުކުމް ތަންފުޒީ ކުރުމުގެ ގޮތުން ކޯޓިތަކަށ ހުށަހެޅް މައްސަލަތަކާ ގުޅިގެން ބެލެން ޙުކުމާ ތަންފީޒުކުރުމަށް ހުށަހެޅުން ޤަޟިއްޔާގައި ސާބިތުވެފައިވާ ދަރަނި ނުވަތަ އަދިކުރަންޖެހޭ އިލްތިޒާމް، ޙުކުމު އެއްގޮތަށް އަދާކޮށްފައިވޭތޯ ނުވަތަ ނޫންތޯކަމަށް ކަނޑައަޅާފައީ ވާކަމަށެވެ. ނަމަވެސް، މިހާރު ހުށަހެޅިފައި މިވާ މައްސަލައަކީ މައްސަލައިގެ މައުޟޫޢު ހުޅުވާލެވަ މައްސަލައެއްކަމުގައި ޤަ ބޫލުކުރެވ ކަމުގައެވެ. އަދި މީގެ އިތުރުން، ދިވެހިރާއްޖޭ ގެ ސުޕްރީމް ކޯޓުގެ އެޓަރނީ ޖެނެރަލް އޮފީސް ވ. އަޙްމަދު ސިޔާމް މައްސަލައަށް ރިޢާޔަތްކުރާއިރު ވެސް،މައުޟޫޢީ މައްސަލަ ތަކެއް ތަންފީޒީ މަރެޙަލާގައި ނުބެލޭނެކަމަށު ކަނޑައެޅިފައިވާކަމަށެވު. އަދި މައުޟޫޢީ މައްސަލަ ޞަބާޙް އަޙްމަދުގެ ފަރާތުން އިސްތިއުނާފ ވެސް ކޮށްފައި ނުވާކަމުގައެވެ. ވުމާއެކު، މި އިސްތިއުނާފަކީ ހައިކޯޓުން ކުރިއަށް ގެންދެވިދާނެ މައްސަލައެއްކަމުގައި ނުދެކޭކަމުގައެވެ.

25މި ނުކުތާއާ ގުޅިގެން ޞަބާޙްއަޙޫމަދް ގެ ފަރާތުން ބުނެފައިވަނީ މައުޟޫޢީ ޤަޟިއްޔާ އިސްތިއުނާފ ނުކުރާ ކަމަށާއި، އެމް.ސީ.ބީ ގެ ފަރާތުން ފާހަގަކުރި 2 ޤަޟިއްޔާގައި ވެސް ކަނޑައަޅާފައިވުނަ ތަންފީޒިކުރަންޖެހޭނ މައުޟޫޢީ ޤަޟިއްޔާގައި ކަނޑައަޅާފައިވާ މިންވަރަށް ކަމަށް ކަމުގައެވެ. އަދި މ މައްސަލަ އިސްތިއުނާފުކޮށްފައ މިވަނީ ވެސް، މައުޟޫޢީ މައްސަލައި ގައި ކަނޑައެޅިފައިވީމިންވަރަށްވުރ އިތުރަށް ތަންފީޒީ ޤަޟިއްޔާގައި ކަނޑައެޅިފައިވާތީކަމުގައެވެ. 26 މި. ނުކުތާއަ ގުޅިގެނާ ދެފަރާތުން ދެއްކި ވާހަކަތަކުގެ މައްޗަށް ބަލައި، މި ނުކުތާއަކީ މި މައްސަލަ ކުރިއަށް ގެންދިއުމަށް ހުރަސްއަޅާ ނުކުތާއެއްކަމަށް ނުފެންނަކަމަށް ޝަރީޢަތުގެ ފަރާތުން ކަނޑިއަޅައި، މައްސަލަ ކުރިއަށް ގެންދެވފައިވެއެވެ.

ދެފަރާތުން ހައިކޯޓުގައި ދެއްކި ވާހަކަތަކުގެ ޚުލާޞް

27ޞަބާޙް އަޙު މަދުގް ފަރާތުން ބުނަނީ، ސިވިލް ކޯޓުގ ނަންބަރ 3931/Cv-C/2018 ޤަޟިއްޔާގައި ކަނޑައަޅާފައިވަނީ، އެ ލޯނާ ގުޅިގެން "ޝަރޫ ކްއީން" ރަހުނުކުރެވިފައިވާކަމަށާއ އަދި ލޯނުގެ ފައިސ ދައްކައި ޚަލާޞްކުރެވެންދެން ރަހުނު އެގްރީމެންޓުގި ދަށުން އެމް.ސީ.ބީ އަށް ލިބިގެންވާ ޙައްޤުތަކާއި ބާރުތައް ދެމިގެންދާނެކަމަށް ކަމަށެވެ. އަދި ލޯނާ ގުޅިގެން ދައްކަންޖެހޭ ފައިސާ ދައްކައި .ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު SC 74 ]2021[ ޚަލާޞްނުކޮށްފިނަމަ، އެ ލޯނާ ގުޅިގެން ރަހުނުކުރެވިފައިވާ "ޝަރޫ ކްއީން" ވިއްކާލައި ލޯނު ފައިސާ ހޯދުމުގެ ޙައްޤު އެމް.ސީ.ބީ އަށް ލިބިދީފައިނުވާކަން އެ ޙުކުމަށް ބެލުމުން އެނގެން އޮންނަކަމަށެވެ. އަދި ރަހުނު ކުރެވި، ލޯނު ނަގާ ހާލަތުގައި ރާއްޖޭގެ ކޯޓުތަކުން ޢަމަލުކުރާ އުޞޫލަކީ އެއްބަސްވުމާ އެއްގޮތަށް ލޯން ނުދެއްކޭ ޙާލަތުގައި ރަހުނު ވިއްކާލުމުގެ ހުއްދަ ކޯޓުން ދިނުންކަމާއި، ނަމަވެސް، ސުވިލ ކޯޓުގެ ނަންބަރ 3931/Cv-C/2018 ޤަޟިއްޔާގައި ރަހުނު ވިއްކާލުމުގެ ހުއްދް އެއް ދީފައިނުވާއިރު، ޞަބާޙް އަޙާ މަދުގެ ފަރާތުން ގަބޫލުކުރަނީ، އެ ޤަޟިއްޔާގެ ޙުކުމް ތަންފީޒުކުރުމަށް ހިންގުނު، އިސްތިއުނާފުކުރެވިފައި މިވ ސިވިލް ކޯޓުގެ ނަންބަރ 1439/Cv-C/2020 ޤާޟިއު ޔް ގައަ ރަހުނު ވިއްކާލުމަށް ހުއްދަ ދިނުމުގެ އިޚްތިޔާރާއި ބާރު ފަނޑިޔާރަށް ލިބިގެން ނުވާކަމަށާއި، މައުޟޫޢީ ޤަޟިއްޔާ )3931/Cv-C/2018 ( ގައި ނިންމާފައިނުވާ ނިންމުންތަކެއް ތަންފީޒުވާގޮތަށ ތަންފީޒް ޤަޟިއްޔާ ނިންމާފައވި ކަމުގައެވެ. އަދި ސިވިލް ކޯޓުން ނިންމަނިންމުމަކީ ރާއްޖޭގެ ކޯޓުތަކުން ޙުކުމް ތަންފީޒުކުރުމާ ގުޅޭގޮތުން ޢަމަލުކުރަމުން އަންނަ ގޮތާ ޚިލާފު، ޤާނޫނުއަސާސީގެ 56 ވަނަ މާއްދާއިން ކަށަވަރުކޮށަދީފައިވް އިސްތިއުނާފުކުރުމުގެ ޙު އްޤު ގެއްލޭގޮތަށް ކޮށްފައިވާ ތަންފީޒީ ޙުކުމެއްކަމުގައެވެ. އެހެންކަމުން، ރަހުނު )ޝަރޫ ކްއީން( ވިއްކާލުމަށް ހުއްދަދީ، އިސްތިއުނާފުކުރެވިފައިމިވާ ސިވިލް ކޯޓުގެ ޤަޟިއްޔާގައ ނިންމާފއިވަ ނިންމުމަކާ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ނިންމާފައިވާ ނންމުމެއްކަމުގައ ވެސ ޞަބާޙް އަޙްމަދުގެ ފަރާތުން ގަބޫލުކުރާ ކަމުގައް ވެ.

28އަދި ސިވިލް ކޯޓުގެ ނަންބަރު 3931/Cv-C/2018 ޤަޟިއްޔާގައި ބަޔާންކޮށްފައިވާ "ޝަރޫ ކްއީން" އުޅަނދަކީ އެހެން ލޯނަކާ ގުޅިގެން ހަމަ އެމް.ސީ.ބ ގައީ ރަހުނު ކުރެވިފައިވާ އުޅަނދަކަށްވާއިރު، އެކަމަށް ރިޢާޔަތްނުކޮށް ރަހުނު ވިއްކާލުމުގެ ހުއްދަ ދިނުމަކީ ކުރިން ސިވިލް ކޯޓުގެ ނަންބަރ 3932/Cv-C/2018 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމުގައި އެ އުޅަނދު ވިއްކާލުމަށް ހުއްދަދޭ ކަނޑައަޅާފައިވާ ކަންކަން ތަންފީޒުކުރުމަށް ހުރަސް އެޅިގެންދާނެކަމެއްކަމުގައެވެ.

29އަދި އިސްތިއުނާފުކުރެވިފައި މިވާ ސިވިލް ކޯޓުގެ ޤަޟިއްޔާގައި ރަހުނު )ޝަރޫ ކްއީން( ވިއްކާލުމުގެ ހުއްދަ ދިން ދިނުމަކީ ޤާނޫނުއަސާސީގެ 40ވަނަ މާއްދާއާ ޚިލާފު ނިންމުމެއްކަމުގައެވެ.

30އެމް.ސީ.ބީ ގެ ފަރާތުން ބުނެފައިވަނީ، ސިވިލް ކޯޓުގެ ނަންބަރު 3931/Cv-C/2018 ޤަޟިއްޔާއަކީ އެ ޤަޟިއްޔާގައި ހުށަހެޅުނު ދަޢުވާއަށް ޝް ރުމީލާ ޒުބައިރުއާއި ޞަބާޙް އަޙާ މަދުގެ ފަރާތުނ އެއްބަސްވެގެން ނިމިފައިވާ ޤަޟިއްޔާއެއް ކަމަށެވެ. ލޯނާ ގުޅިގެން އެހާތަނަށް ދައްކަންޖެހި ނުދެއްކިވ ފައިސާ ވަކީލު ފީ ހިމެނޭގޮތުން 06 މަސްދުވަހުގެ ތެރޭގައި ދެ އްކުމަށާއި، ލޯނުގެ ފައިސާއާއި އިތުރަށެ އަރަމުންދާ އެންމެހައި ފައިސާ ލޯނު އެއްބަސްވުމާ އެއްގޮތަށް ދައްކަމުން ގޮސް ޚަލާޞްކުރުމަށްއ ޤަޟިއްޔާގައި އަންގާފައިވާ ކަމުގައެވެ. އަދި ލޯނާ ގުޅިގެން "ޝަރޫ ކްއީން" ރަހުނުކުރެވިފައިވާކަމަށ ކަނޑައެޅިފައިވާކަމަށާއި، ލޯނިގުޅިގެން އެމް.ސީ.ބީ އަށް ލިބެންވާ އެންމެހައި ފައިސާ ދައްކައި ލޯނު ޚަލާޞްކުރެވް،ލޯނު އެކައުންޓު ބަންދުކުރެވެންދެން ރަހުނު އެގްރީމެންޓުގެ ދަށުން އެމް.ސީ.ބީ އަށް ލިބިގެންވާ ޙައްޤުތަކާއި ބާރުތައް ދެމިއޮންނާނެކަމަށ ވެސް ކަނޑައެޅިފައިވާ ކަމުގައެވެ.

31އަދި ސިވިލް ކޯޓުގެ ނަންބަރު 3931/Cv-C/2018 ޤަޟިއްޔާގެ ޙުކުމް ތަންފީޒުކުރުމުގެ ގޮތުން ހިންގުނު، އިސްތިއުނާފުކުރެވިފައިމިވ، ސިވިލް ކޯޓުގެ ނަންބަރު 1439/Cv-C/2020 ޤަޟިއްޔާ ގައި، ސިވިލް ކޯޓުގެ ނަންބަރު 3931/Cv-C/2018 ޤަޟިއްޔާގެ ޙުކުމާ އެއްގޮތަށް ޝި ރުމީލާ ޒުބައަ ރުއާއ ޞަބާޙް އަޙްމަދުގެ ފަރާތުން ޢަމަލުކޮށްފައި ނުވާކަމަށް ކަނޑައަޅައި، އެހާތަނަށް ލޯނާ ގުޅިގެން ދައްކަންޖެހޭ ނުދައްކާހުރި ފައިސާގެ މިންވަރު ބަޔާންކޮށް، ޙުކުމާ އެއްގޮތަށް ޢަމަލުކޮށްފައިނުވާތީ، އެ ލޯނާ ގުޅިގެނ ރަހުނުކުރެވިފައިވާ "ޝަރޫ ކްއީން" ވިއްކާލުމުގެ ހުއްދަ އެމް.ސީ.ބީ އަށް ލިބިގެންވާކަމަށް ކަނޑައެޅިފައިވާކަމުގައެވެ.

32އަދި ސިވިލް ކޯޓުގެ ނަންބަރު 3931/Cv-C/2018 ޤަޟިއްޔާގެ ޙުކުމާއި ރަހުނު އެއްބަސްވުމަށް ރިޢާޔަތްކުރާއިރު، އިސްތިއުނާފުކުރެވިފައިމިވާ ސިވިލް ކޯޓުގެ ނަންބަރ 1439/Cv-C/2020 ޙުކުމް ތަންފީޒުކުރާމުގު ޤަޟިއްޔާގެ ނިންމުން ސިވިލް ކޯޓުގެ ނަންބަރ 3931/Cv-C/2018 ޤަޟިއްޔާގެ ޙުކމ ފުށުނާރާކަން ވެސް އެނގޭކަމުގައެވެ. އަދި ސިވިލް ކޯޓުގެ ނަންބަރު 3931/Cv-C/2018 ޤަޟިއްޔާގެ ޙުކުމާއި ފުށުއަރާކަމެއް އިސްތިއުނާފުކުރެވިފައިމިވާ ސިވިލް ކޯޓުގެ ނަންބަރ 1439/Cv-C/2020 ޤަޟިއްޔާގެ ޙުކުމުގައި ނެތްއިރު، އެފަދަ ފުށުއެރެ މެއް އޮތްކަމަށް ބުނެ ޞަބާޙް އަޙު މަދުގެ ފަރާތުން ބޭނުންވަނީ ސިވިލް ކޯޓުގ ނަންބަރ 3931/Cv-C/2018 ޤަޟިއްޔާއިސްތިއުނާފުކުރުމުގެ ދޮރު ބަންދުވެފައ އޮތި އޮތުން ނިމުމަކަށް ގެންނަންކެ މަށާއި، އެއީ ޤާނނުއަސާސީގޫ 56ވަނަ މާއްދާއާއި ޚިލާފު ކަމެއްކަމުގައެވެ.

33އަދި އެއް މުދަ ލެއް އެއް ލޯނަށވުރެ ގިނަ ލޯނަށް ރަހުނުކުރުމަކ ޤާނޫނީ މައްސަލައެއް ނިކުންނަ ކަމެއް ނޫންކަމަށާއި، އަދި އެއީ އިސްތިއުނާފުކުރެވޭނެ ސަބަބެއްވެސް ނޫންކަމަށެވެ. އެހެންނޫންނަމަ، އިސްތިއުނާފުކޮށްފައިވާނ އަސްލީ މައްސަލު ކަމަށެވެ. "ޝަރޫ ކްއީން" ދެ ލޯނަކާ ގުޅިގެން އެމް.ސީ.ބ ގައި ރަހުނުކުރެވިފައިވާއިރު، ސިވިލް ކޯޓުގެ ނަންބަރ 3932/Cv-C/2018 ޤަޟިއްޔާގައި "ޝަރޫ ކއީން" ވިއްކާލުމަށް ހުއްދަދީފައިވާއިރު، އެ ޙުކުމަށް ހައިކޯޓުގެ ނަންބަރ 2019/HC-A/587 ޤަޟިއްޔާއިން ތާއީދުކޮށްފައިވާކަމަށެވެ.

34އަދި ރަހުނުކުރެވިފައިވާ "ޝަރޫ ކްއީން" ވިއްކާލުމުގެ ހުއްދަ ދީފައިވަނީ ޝަރުޢީ ކޯޓެއްގެ ޙުކުމަކުން ކަމަށާއި، އެފަދައިން ކޯޓުން ހުއްދުދީފައިވަނީ، ލޯނުފައިސާ ނުދެއްކިއްޖެނަމަ، ރަހުނު ވިއްކާލައިގެނ ލޯނެ ފައިސާ އަދާކުރުމާމެދު ދެފަރާތުން އެއްބަސްވެފައިވާއިރު، ލޯނު ފައިސާ އަނބުރާ ނުދެއްކުމުން، ރަހުނާބެހޭ ޤާނޫނުގެ 12 ވަނަ މާއްދާގައިވާ ޙާލަތު ދިމާވުމުން، ރަހުނު ވިއްކާލައިގެން ނޫން ގޮތަކަށް އެ ލޯނު ފައިސު ލިބެން ނެތުމުން، އެމް.ސީ.ބީ އިން ރަހުނު ވިއްކާލުމުގެ ހުއްދައަށް ކޯޓުގައި އެދުމުން ކަމަށެވެ. ވުމާއެކެ، މިހާލަތަކީ ޤާނޫނުއަސާސީގެ 40ވަނަ މާއްދާގައި ބުނެފައިވާ ގޮތަށް މީހެއްގެ މުދަލެއް އެމް.ސީ.ބީ އިން ނެގި ނެގުމެއް ނޫންކަމުގައެވެ. . ޤާނޫނު ނަންބަރު 93/9 )ރަހުނާބެހޭ ޤާނޫނު(.

35އަދި މި ވާހަކަތަކަކީ ޞަބާޙް އޙި މަދުގެ ފަރާތުން ސިވިލް ކޯޓުގައިދެއްކި ވާހަކަތަކެއް ނޫންކަމަށާއި، އެހެންކަމުން، މި މަރުޙަލާގައި، ހައިކޯޓުގައި މ ވާހަކަތައް ދެއްކޭނެކަމަށް ވެސް ނުދެކޭކަމުގައެވެ.

ހައިކޯޓުން ޖަވާބުދޭންޖެހޭ ނުކުތާ

36ޞަބާޙް އަޙެމަދުގެ ފަރާތުން ހުށަހަޅާފް އިވާ ނުކުތާތަކަށާއި ދެފަރާތުން ދައްކާފައިވާ ވާހަކަތަކުގިމައްޗަށް ބަލާއިރު، މި މައްސަލައިގައ ޖަވާބުދޭންޖެހެނީ އަންނަނިވި ކަންކަމަށެވެ؛

36.1. މި މައްސަލައް ގައި ހައިކޯޓުން ޖަވާބުދޭންޖެހޭ މައިގަނޑު ނުކުތާއަކީ، ލޯނަކާ ގުޅިގެން ރަހުނެއް ކުރެވިފައި އޮންނަ ހާލަތުގައި، ލޯނު އެއްބަސްވުމާ އެއްގޮތަށް ފައިސާ ނުދައްކައިގެން ހުށަހެޅޭ މައްސަލައެއު ކޯޓުން ނިންމައި ލޯނުފައިސ ކަނޑައެޅިފައިވާ ގޮތުގެ މަތިން ދެއްކުމަށް އަންގައި، ރަހުނކުރެވިފައިވ ތަނާ ނުވަތް އެތަރަހުނި ކުރެވިފު އިވާކަން ކަނޑައަޅައި، ލޯނުފައިސާ ދައްކައި ޚަލާސްކުރެވެންދެންރަހުނު އެގްރީމެންޓުގެ ދަށުން ބޭންކަށް ލިބިގެންވާ ޙައްޤުތަކާއި ބާރުތައް ދެމިއޮންނާނެކަމަށް ކަނޑައަޅައި ނިންމުމުނީ ވެސް، ލޯނުފައިސާ ނުދެއިކުމުން ހިންގޭ ތަންފީޒް މައްސަލައޯގައި ރަހުނު ވިއްކާލުމުގެ ހއްދަދެވިދާނެތ.

36.2. ސިވިލް ކޯޓުން ރަހުނު ވިއްކާލުމުގެ ހުއްދަދީ މައްސަލަ ނިންނިގޮތުން ޞަބާޙްއަޙް މަދަށ ލިބިގެންވާ އިސްތިއުނާފުކުރުމުގެ ޙައްޤު ގެއްލިގެންދޭތޯ.

36.3. އެހެން ލޯނަކަށް"ޝަރީ ކްއީން " ރަހުނުކުރެވިފައިވަނިކޮށޫ"ޝަރީ ކްއީން " ވިއްކާލުމަށް އިސްތިއުނާފުކުރެވިފައި މިވާ ޤަޟިއްޔާގައި ހުއްދަދިނުމަކީ ކުރިން ކޮށްފައިވާ ޙުކުމުގައި ކަނޑައެޅިފައިވާ ކަންކަން ތަންފީޒުކުރުމަށް އެޅޭ ހުރަހެއްކަމަށވޭތޯ.

36.4. ރަހުނު ވިއްކާލުމުގެ ހުއްދަދީ ނިންމި ނިންމުން ޤާނޫއަސާސީގ 40ވަނަ މާއްދާއާ ޚިލާފުވޭތޯ. ތަންފީޒީ މައްސަލައގި އ ރަހުނު ވިއްކާލުމުގެ ހުއްދަދިނުން:

37ސިވިލް ކޯޓުގެ ނަންބަރު 3931/Cv-C/2018 ޤަޟިއްޔާގައި، މި މައްސަލައި ގައް ބަޔާންކުރި ލޯނާ ގުޅިގެން އެހާތަނަށް ދައްކަންޖެހި ނުދެއްކިވާ ފައިސާ ވަކީލު ފީ ހިމެނޭގޮތުން 06 މަސްދުވަހުގެ ތެރޭގައި ދެއްކުމަށ އަންގާފައިވެއެވެ. އަދ ލޯނުގެ ފައިސާއާއި އިތުރަށް އަރަމުންދާ އެންމެހައި ފައިސާ ލޯނު އެއްބަސްވުމާ އެއްގޮތަށް ދައްކަމުން ގޮސް އެ ލޯނުގެ ފައިސާ ދައްކައި ޚަލާޞްކުރުމަށް އަންގާފައިވެއެވެ. އަދި މި ލޯނާ ގުޅިގެން "ޝަރޫ ކްއީން" ރަހުނުކެރެވިފައިވާކަމަށް ކަނޑައެޅމުގް އިތުރުން، ލޯނާ ގުޅިގެން އެމް.ސީ.ބީ އަށް ލިބެންވާ އެންމެހައި ފައިސާ ދައްކައި ލޯނު ޚަލާޞްކުރެވި، ލޯނު އެކައުންޓް ބަންދުކުރެވެންދެން ރަހުނު އެގްރީމެންޓުގެ ދަށުން އެމް.ސީ.ބީ އަށް ލިބިގެންވާ ޙައްޤުތަކާއި ބާރުތައް ދެމިއޮންނާނެކަމަށެވެސް ކަނޑައެޅިފައި ވެއެވެ.

38HN2ލޯނު ފައިސާ، ދެފަރާތުން އެއްބަސްވެފައިވާ ގޮތުގެމަތިން ނުދެއްކޭނަމަ، ރަހުނު ކުރެވިފައިވާ އުޅަނދު ވިއްކާލައިގެން ލޯނުގެ ފައިސާ ހޯދުމުގެ ޙައްޤަކީ ދެފަރާތުން އްއްބަސްވެ ސޮއިކޮށްފައިވާ އެގްރީމެންޓުގެ ދަށުން އެމް.ސީ.ބީ އަށް ލިބިފައިވާ ޙައްޤެކެވެ. ރަހުނު އެގްރީމެނި ޓުގެ ދަށުން އެމް.ސީ.ބީ އަށް ލިބިގެންވާ ޙައްޤުތަކާއި ބާރުތައް ލޯނުގެ ފައިސާ ދައްކައި ޚަލާޞްކުރެވި، ލޯނު އެކައުންޓް ބަންދުކުރެވެންދެން ދެމި އޮންނާނެއެވެ. އެކަން އެފަދައިން ސިވިލް ކޯޓުގެ ނަންބަރ 3931/Cv-C/2018 ޤަޟިއްޔާގައި ވެސް ކަނޑައަޅާފައިވެއެވެ.

39އިސްތިއނާފުކުރެވިފައު މިވ ސިވިލް ކޯޓުގެ ނަންބަރު 1439/Cv-C/2020 ޤަޟިއްޔެ އަކާލޯނުގ ފައިސާ އެއްބަސްވެފައިވާ ގޮތަށް ނުދައްކައިގެން ހުށަހެޅުނު ސިވިލް ކޯޓުގެ ނަންބަރ 3931/Cv-C/2018 ޤަޟިއްޔާގައި އެ ފައިސާ ދެއްކުމަށް އަންގައި ޙުކުމް ކުރުމުން ވެސް ފައިސާ ނުދައްކައިވުމުން، އެ ޤަޟިއްޔާގެ ޙުކުމް ތަންފީޒުކުރުމުގެ ގޮތުން ހިންގުނު ޤަޟިއްޔާއެކެވެ. ލޯނުގެ ފައިސު ދެއްކުމަށް ކަނޑައެޅިފައިވާ ގޮތަށް ލ ނުގެ ފައިސާ ނުދެއްކޭކަމަށް ޝަރްމީލާ ޒުބައިރުއާއި ޞަބާޙް އަޙމަދުގެ ފަރާތުން މ ޤަޟިއްޔާގައި ވެސް އެއްބަސްވެފައި ވެއެވެ.

40HN3ރަހުނާ ވިއްކާލައިގެންވިޔަސް ލޯނުގެ ފައިސާ ހޯދުމަކީ އެމް.ސީ.ބީ އަށް ލިބިފައިވާ ޙައްޤެއްކަން އެނގެއެވެ. އަދި ލޯނެގުޅިގެން "ޝަރޫ ކްއީން" ރަހުނުކުރެވިފައިވާކަމަށް ކަނޑައަޅައި، އެމް.ސީ.ބީ އަށް ލޯނު ގުޅިގެން ލިބެންވާ އެންމެހައި ފައިސާ ދައްކައި ލޯނު ޚަލާޞްކުރވަ،ލޯނު އެކައުންޓު ބަންދުކުރެވެންދެން ރަހުނު އެގްރީމެންޓުގެ ދަށުން އެމް.ސީ.ބީ އަށް ލިބިގެންވާ ޙިއޤުތަކާއ ބާރުތައް ދެމިއޮންނާނެކަމަށް ސިވިލް ކޯޓުގެ ނަންބަރު 3931/Cv-C/2018 ޤަޟިއްޔާގައި ކަނޑައަޅާފައިވާއިރު، ލޯނު ފައިސާ އެއްބަސްވެފައިވ ގޮތަށާ ނުދެއްކޭނަމަ، ރަހުނު ވިއްކާލައިގެނ ލޯން ފައިސާ ހޯދުމުގެ ޙައްޤު އެމް.ސީ.ބ އަށް ލިބިފައިވާކަން އެނގެއެވެ. ވުމާއެކު، ސިވިލް ކޯޓުގެ ނަންބަރު 3931/Cv-C/2018 ޤަޟިއްޔާގެ ޙުކުމް ތަންފީޒުކުރުމަށް ހިންގުނު، އިސްތިއުނާފުކުރެވިފައި މިވާ ސިވިލް ކޯޓުގެ ނަންބަރ 1439/Cv-C/2020 ޤަޟިއްޔާ ގައި ރަހުނު ވިއްކާލުމުގެ ހުއްދަ ސިވިލް ކޯޓުން އެމް.ސީ.ބީ އަށް ދީފައި ވެއެވެ.

41ޞަބާޙް އަޙްމަދުގ ފަރާތުން ބުނެފައިވަނީ ރަހުނު ވިއްކާލުމުގެ ހުއްދަ ތަންފީޒީ ޤަޟިއްޔާގައ ނުދެވޭނެކަމަށެވެ. ތަންފީޒު ޤަޟިއްޔާއިން ރަހުނު ވިއްކާލުމުގެ ހުއްދަދިނުމުގެ އިޚްތިޔާރާއި ބާރު ފަނޑިޔާރަށް ލިބިގެންނވާކަމަށެވެ. ނަމަވެސް، ޞަބާޙް އަޙްމަދުގެ ފަރާތުނޫއެފަދައިނި ޤަބލުކުރާކަމުގައ ބުނުން ފިޔަވައި، އެފަދައިން ބަލަންޖެހޭ ރަނގަޅު ޤާނޫނީ ސަބަބެއް ދެއްކިފައިނުވެއެވެ. ސިވިލ ކޯޓުގް މިފަދަ ނިންމުންތާ ކަށާއަ އަދި އެ ނިންމުންތަކާ ގުޅުގޮތުނ ހައިކޯޓުން ނިމިފައިވާ ޤަޟިއްޔާތަކަށް ބަލާއިރު ވެސް، އިސްތިއުނާފުކުރެވިފައިމިވާ ސިވިލްކޯޓުގެ ޤަޟިއްޔާގައި ރަހުނު ވިއްކާލުމުގެ ހައާދދިން ދިނުމާ އެއްފަދައަކުނ މައްސަލަތައް ނިމިގެން ގޮސްފައިވާކަން އެނގެއެވެ. . މަދަނީ ކޯ ޓުގެ ނަންބަރ 209/MC/2010 ޤަޟިއްޔާއާއި އެ ޤަޟިއްޔާގެ މައްޗަށް ބިނާކޮށް ހިންގުނު ސިވިލް ކޯޓުގެ ނަންބަރު 2403/Cv-C/2011 ޤަޟިއްޔާއާއި، މި ޤަޟިއްޔާ އިސްތިއުނާފުކުރެވުނު ހައިކޯޓުގެ ނަންބަރު 2012/HC-A/209 ޤަޟިއްޔާ ބައްލަވާ! މަދަނީ ކޯ ޓުގެ ނަންބަރ 209/MC/2010 ޤަޟިއްޔު ގެ ޙުކުމް ތަންފީޒުކުރުމުގެ ގޮތުން ހިންގުނާ ސިވިލް ކޯޓުގެ ނަންބަރ 2403/Cv-C/2011 ޤަޟިއްޔާގައި ރަހުނު ވިއްކާލުމުގެ ހުއްދަ ދީފައިވާއިރު، އެ ނިންމުމަށް، ހައިކޯޓުގެ ނަންބަރ 2012/HC-A/209 ޤަޟިއްޔއިނާ ވަން ތާއީދުކޮށްފއެވެ.

42އެހެންކަމުން، ލޯނަށް ފައިސާ ދެއްކުމަށް އެއްބަސްވެފައިވާ ގޮތަށް ފައިސާ ނުދައްކާކަން ސިވިލް ކޯޓުގެ ނަންބަރ 3931/Cv-C/2018 ޤަޟިއްޔާއިން ނާއި އަދި އެ ޤަޟިއްޔާގެ ޙުކުމް ތަންފީޒުކުރުމަށް ހިންގުން ސިވިލް ކޯޓުގެ ނަންބަރ 1439/Cv-C/2020 ޤަޟިއްޔު އިނާ އެނގެން އޮތްއިރު، ސިވިލް ކޯޓުގ ނަންބަރ 3931/Cv-C/2018 ޤަޟިއްޔާގެ ޙުކުމަށާއި އެ ޙުކުމުގައި ކަނޑައެޅިފައިވާ ކަންކަމުގެ މައްޗަށު ބަލާއިރު، އެ ޤަޟިއްޔާގެ ޙުކުމް ތަންފީޒުކުރުމުގެ ގޮތުން ހިންގުން ސިވިލް ކޯޓުގެ ނަންބަރ 1439/Cv-C/2020 ޤަޟިއްޔާގައި، ރަހުނު ވިއްކާލުމުގެ ހުއްދަ އެމް.ސީ.ބީ އަށް ދީފައިވާ ދިނުމަކީ ސިވިލ ކޯޓުގެ ނަންބަރު 3931/Cv-C/2018 ޤަޟިއްޔާގެ ޙުކުމް ތަންފީޒުކުރުމުގެ ގޮތުން އެޅިދާނެ ފިޔަވަޅެއްކަމަށް ޤަބޫލުކުރެވޭކަމާއި، ރަހުނު ވިއްކާލުމުގެ ހުއްދަ ތަންފީޒު ޤަޟިއްޔާގައި ދިން ދިނުމަކީ މައުޟޫޢީ ޤަޟިއްޔާގައި ނިންމާފައިނުވާ ނިންމުންތަކެއް ތަންފީޒުވާގޮތަށް ނިންމާފައިވާ ނިންމުމެއްކަމުގައ ނުފެނެއެވެ. އަދި ރަހުނު ވިއްކާލުމުގެ ހުއްދިއަށް އެމް.ސީ.ބީގެ ފަރާތުން ސިވިލް ކޯޓުގައި އެދްފައިވާއިރު، އެކަމަށް ޞަބާޙް އަޙްމަދުގެ ފަރާތުން ސިވިލް ކޯޓުގައި އިޢުތިރާޟްކޮށްފައިވާކަނ ވެސް އެނގޭކަށް ނެތެވެ. ސިވިލް ކޯޓުން ރަހުނު ވިއްކާލުމުގެ ހުއްދަދީ މައްސަލަ ނިންމިގޮތުނ ޞަބާޙް އަޙްމަދަށް ލިބިގެންވާ އިސްތިއުނާފުކުރުމުގެ ޙައްޤު ގެއްލިގެންދޭތޯ:

43HN4އިސްތިއުނާފުކުރެވިފައި މިވާ، ސިވިލް ކޯޓުގެ ނަންބަރ 1439/Cv-C/2020 ޤަޟިއްޔު އަކާ ސިވިލ ކޯޓުގެ ނަންބަރ 3931/Cv-C/2018 ޤަޟިއްޔާގެ ޙުކުމް ތަންފީޒުކުރުމުގެ ގޮތުން ހިންގުނު ޤަޟިއްޔާއެކެވެ. ސިވިލް ކޯޓުގެ ނަންބަރ 3931/Cv-C/2018 ޤަޟިއްޔާ ޞަބާޙް އަޙްމަދުގ ފަރާތުންވިޔަސް އިސްތިއުނާފުކޮށްފައި ނުވެއެވެ. ލޯނުގެ ފައިސާ އެއްބަސްވުމާ އެއްގޮތަށް ނުދެއްކޭނަމަ ރަހުނު ވިއްކާލެވިދާނެކަމަށާރަހުނު އެގްރީމެންޓާ ގައު ބަޔާންކޮށްފައިވައިރު، ލޯނުގެ ފައިސ އެއްބަސްވުމުގައިވާގޮތުގެ މަތިން ނުދެއްކޭކަމަށް ޞް ބާޙް އަޙު މަދުއާއި ޝަރުމީލާ ޒުބައިރުގެ ފަރާތުނ ސިވިލް ކޯޓުގެ ނަންބަރ 3931/Cv-C/2018 ޤަޟިއްޔާއާއި އެ ޤަޟިއްޔާގެ ޙުކުމް ތަންފީޒުކުރުމުގެ ގޮތުނު ހިނު ގުން ސިވިލް ކޯޓުގެ ނަންބަރ 1439/Cv-C/2020 ޤަޟިއްޔާގައި ވެސް އެއްބަސްވެފައިވެއެވެ. ސިވިލް ކޯޓުގެ ނަންބަރު 1439/Cv-C/2020 ޤަޟިއްޔާގައި ރަހުނު ވިއްކާލުމަށް ހުއްދު ދިނދިނުމަކީ ސިވިލް ކޯޓުގެ ނަންބަރ 3931/Cv-C/2018 ޤަޟިއްޔާގެ ޙުކުމް ތަންފީޒުކުރުމުގެ ގޮތުން އެޅި ފިޔަވަޅެކެވެ.

44އެހެންކަމުން، ސިވިލް ކޯޓުގެ ނަންބަރު 3931/Cv-C/2018 ޤަޟިއްޔާގެ ޙުކުމް ތަންފީޒުކުރުމުގެ ގޮތުނު ހިންގުން ނަންބަރ 1439/Cv-C/2020 ޤަޟިއްޔާގައި ރަހުނު ވިއްކާލުމަށް ހުއްދަދިން ދިނުމަކީ އިސްތިއނާފުކުރުމަށ ޤާނޫނުއަސާސީގް 56ވަނަ މާއްދާއިން ލިބިދީފައިވާ ޙައްޤު ޞަބާޙް އަޙްމަދަށ ގެއްލޭގޮތަށް ހުއްދަދިން ދިނުމެއްކަމުގައި ބެލިދާނެކަމަކަށް ނުދެކެމެވެ. އެހެން ލޯނަކަށް "ޝަރޫ ކްއީން" ރަހުނުކުރެވިފައިވަނިކޮށް "ޝަރޫ ކްއީން" ވިއްކާލުމަށް އިސްތިއުނި ފުކުރެވިފައ މިވާ ޤަޟިއްޔާގައ ހުއްދަދިނުމަކީ ކުރިން ކޮށްފައިވާ ޙުކުމުގައި ކަނޑައެޅިފައިވާ ކަންކަން ތަންފީޒުކުރުމަށް އެޅި ހުރަހެއްކަމަށް ބުނެ ހުށަހެޅި ނުކުތާ:

45"ޝަރޫ ކްއީން" އަކީ ސިވިލް ކޯޓުގެ ނަންބަރު 3932/Cv-C/2018 ޤަޟިއްޔާގައި ބަޔާންކޮށްފައިވާ ލޯނާ ގުޅިގެނ ވެސް ރަހުނު ކުރެވިފައިވާ އުޅަނދެކެވެ. އަދި އެ ލޯނުގެ ފައިސާ އެއްބަސްވެފައިވާ ގޮތަށް ނުދައްކައިގެން، ރަހުނު އެއްބަސްވުމުގައި ކަނޑައެޅިފައިވާގޮތުގެމަތިން އެ ޤަޟިއްޔާގައި "ޝަރޫ ކްއީން" ވިއްކާލުމުގެ ހުއްދަ އެމް.ސީ.ބީ އަށް ދީފައިވެއެވެ. އަދި އިޤޟިއްޔާގައަނިންމާފައިވާ ނިންމނުޞަބާޙް އަޙްމަދުގެ ފަރާތުން އިސްތިއުނާފުކުރުމުން، ހައިކޯޓުގެ ނަންބަރ 2019/HC-A/587 ޤަޟިއްޔާއިން ތާއީދުކޮށްފައިވެއެވެ. . ޤާނޫނުއަސާސީގެ 56ވަނަ މާއްދާގައި ވަނި "ޖިނާއީ މައްސަލަތަކުގައްޔާއި މަދަނީ މައްސަލަތަކުގައި އިއްވާ ޙުކުމްތަކާއަނެރޭ ކޯޓު އަމުރުތައް އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ ޙައްޤު، މައްސަލައާ ގުޅުންހުރި ކޮންމެ މީހަކަށްމެ ލިބިގެންވެއެވެ."

46"ޝަރޫ ކްއީން" އަކީ ސިވިލް ކޯޓުގެ ނަންބަރު 3931/Cv-C/2018 ޤަޟިއްޔާއާއި އެ ޤަޟިއްޔާގެ ޙުކުމް ތަންފީޒުކުރުމުގެ ގޮތުން ހިންގުން، އިސްތިއުނާފުކުރެވިފައި މިވާ، ސިވިލް ކޯޓުގެ ނަންބަރު 1439/Cv-C/2020 ޤަޟިއްޔާގައި ބަޔާންކޮށްފައިވާ ލޯނާ ގުޅިގެންވެސް އެމް.ސީ.ބީ ގައި ރަހުނުކުރެވިފައިވާ އުޅަނދެކެވެ.

47HN5ޞަބާޙް އަޙުމަދުގް ފަރާތުން ހައިކޯޓުގައި ބުނެފައިވަނީ، ސިވިލް ކޯޓުގެ ނަންބަރ 3932/Cv-C/2018 ޤަޟިއްޔާގައި"ޝަރޫ ކްއީން" ވިއްކާލުމަށް ހުއްދަދފައިވަނކޮށް، އިސްތިއުނާފުކުރެވިފައި މިވާ، ސިވިލް ކޯޓުގެ ނަންބަރ 1439/Cv-C/2020 ޤަޟިއްޔާ ގައަ "ޝަރީ ކްއީން" ވިއްކާލުމުގެ ހުއްދީ އެމް.ސީ.ބީ އަށް ދާ ނުމަކ ކުރިން ކޮށްފައިވާ ޙުކުމުގައި ކަނޑައަޅާފައިވާ ކަންކަން ތަންފީޒުކުރުމަށް އެޅޭ ހުރަހަކަށް ވާނެކަމުގައެވެ.ނަމަވެސް، މިހާލަތުގައި ކުރީގެ ޙުކުމް ތަންފީޒުކުރަން ހުރަސްއެޅޭގޮތެއް ބަޔާންކޮށްދެވިފައް ނުވެއެވެ. ޞަބާޙް އަޙުމަދުގް ފަރާތުން އިތިރަށ ބުނެފައިވަނީ، މ ޙާލަތުގައި "ޝަރޫ ކްއީން" ވިއްކާލަނީ ކޮން ޤަޟިއްޔާއެއްގެ ދަށުންތޯއާއި، އަދި ވިއްކާލައިގެނ ފައިސް ހަމަޖައްސާނީ އެމް.ސީ.ބީ އިން ނަގާފައިވާ ދެ ލޯނުގެ ތެރެއިން ކޮން ލޯނަކަށްތޯ، މިއީ ޤާނޫނީގޮތުން ޖަވާބު ލިބެންޖެހޭ ސުވާލުތަކެއްކަމުގައި ޤަބ ލުކުރާކަމުގައެވެ. ނަމަވެސް، ޞަބާޙް އަޙެ މަދުގެ ފަރާތުން ޤަބޫލުކުރާ އެ ޤަބޫލުކުރުން ބިނާވާ އަސާސެއް ބަޔާންކޮށްދެވިފައް ނުވެއް ވެ. އަދި އެފަދައިން ޞަބާޙް އަޙަމަދުގެ ފަރާތުން ޤަބޫލުކުރުމަކީ، ރަހުނު ވިއްކާލުމަށް ސިވިލ ކޯޓުން ހުއްދް ނުދެވި ނ ސަބަބެއްކަން ބަޔާންކޮށްދިނުމަށް ޤާނޫނީ ރަނގަޅު ސަބަބެއް ހައިކޯޓުގައި ބަޔާންކޮށްދެވިފައިނުވެއެވެ.

48ރަހުނަކީދަރަނ ނުވަތި ލޯނުގެ ފައިސާ އެއްބަސްވެފައިވާ ގޮތަށް ނުދެއްކިއްޖެނަމަ، ރަހުން ކުރެވުނު މުދާ ވިއްކާލައިގެންވިޔަސާ ދަރަނި ނުވަތް ލޯނުގެ ފައިސ ރަހުނު ހިފި ފަރާތަށް ލިބުން ކަށަވަރުކުރުމުގެ ގޮތުނު ބަހައްޓާ އެއްޗެކެވެ. ވުމާއެކު، ރަހުނުކުރެވިފައިވާ އެތި އެއް ލޯނަށްވުރެ ގިނަ ލޯނަށް . އިސްތިއުނާފު ފޯމުގެ 8.2.4 ރަހުނުކުރެވިފައިވީނަމަވެސް، އެއްބަސްވުމާ އެއްގޮތަށް ފައިސު ނުދެއްކޭނަމަ، ރަހުނު ހިފި ފަރާތް ނ އެދް ޙާލަތުގައި ރަހުނު ވިއްކާލުމުގެ ހުއްދަ ކޯޓުނ ދެވިދާނެއެވެ. ރަހުނު ވިއްކާލުމުގެ ހުއްދަދީ ނިންމި ނިންމުން ޤާނޫއަސާސީގެ 40ވަނަ މާއްދާއާ ޚިލާފވޭތު :

49އިސްތިއުނާފުކުރެވިފައި މިވާ ސިވިލް ކޯޓުގެ ޤަޟިއްޔާގައި ރަހުނު ވިއްކާލުމުގެ ހުއްދަދީ ސިވިލް ކޯޓުން ނންމ ނިންމުނި ޤާނޫނުއަސާސީގް 40ވަނަ މާއްދާއާ ޚިލް ފުކަމަށ ބަޔާންކޮށް ޞަބާޙް އަޙާ މަދުގެ ފަރާތުނ ފާހަގަކޮށްފައިވަނީ އެ މާއްދާގެ )ހ( އާއި )ށ( އެވެ.

50ޤާނޫނުއަސާސީގެ 40ވަނަ މާއްދާގަ )ހ( ގައިވަނީ: "މުދާ ހޯދުމާއި، މިލްކުކުރުމާއި،ވާރުތަކުރުމާއި، ދިނުމާއި، މުދަލުން މުޢާމަލާތުކުރުމުގެ ޙައްޤު ކޮންމެ ރައްޔިތަކަށްމެ ލިބިގެންވެއެވެ." މިފަދައިންނެވެ.

51ޤާނޫނުއަސާސީގެ 40ވަނަ މާއްދާގަ )ށ( ގައިވަނީ: "މީސް މީހުންގެ މުދަލަކީ ނިގުޅައިގަނެގެންވާނީ ތަކެއްޗެއް ނޫނެވެ. ފަހެ، ޢާންމުވެގެންވާ މަންފާއަކަށްޓަކައި، ޤާނޫނުގައި ކަނޑައެޅި ބަޔާންކޮށްފައިވާ ގޮތެއްގެމަތީން، އަދި އެކަމަށްޓަކައި ކޯޓަކުން ކުރާ ޙުކުމަކުން މެނުވީ އެއްވެސް މީހެއްގެ މުދަލެއް އެމީހެއްގެ ރުހުންނެތި ދައުލަތަށް ނަގައިގެނެއް ނުވާނެއެވެ. އަދ މީހެއްގެ މުދަލެއް ދައުލަތަށް ނަގާންވާނީ ކޯޓުން ކަނޑައަޅާ ޢަދުލުވެރި ބަދަލެއް އެ މުދަލެއްގެ ވެރިފަރާތަށް ދިނުމަށްފަހުގައެވެ." މިހެންނެވެ.

52HN6ޤާނޫނުއަސާސީގެ 40ވަނަ މާއްދާއަކީ މުދާ ހޯދުމާއި މުދާ ގެންގުޅުމުގެ ޙައްޤު ލިބިގެންވާކަން ބަޔާންކުރާ މާއްދާއެކެވެ. އާ މާއް ދާގެ )ށ( އަކީ މީހެއްގެ މުދަލެއް ދައުލަތަށް ނެގޭނެ ޙާލަތު ބަޔާންކޮށްފައިވ އަކުރެކެވެ. މި މައްސަލައަކީ މީހެއްގެ މުދަލެއް ދައުލަތަށް ނެގުމާ ގުޅޭ މައްސަލައެއްނޫނެވެ.

53ޤާނޫނުއަސާސީގެ 40ވަނަ މާއްދާގަ )ހ( ގައި، މުދާ ހޯދައިމިލްކުކޮށ މުދަލުން މުޢާމަލާ ތުކުރުމުގޮ ޙައްޤު ކޮންމެ ރައްޔިތަކަށް ލިބިގެންވާކަން ބަޔާންކް ށްފައިވާއިރު، މިއީ، ޞަބާޙް އަޙްމަދުގެ ނަމުގައި އޮތ އުޅަނދެއް )ޝަރޫ ކްއީން( ރަހުނުކޮށް އެމް.ސީ.ބީ އިން ނެގި ލޯނަކާ ގުޅޭ މައްސަލައެއްކަން އެނގެއެވެ.

54ޤާނޫނު ނަންބަރު 9931/9 )ރަހުނާބެހޭ ޤާނޫނު( ގެ 12 ވަނަ މާއްދާއަށް ބަލާއިރު، ރަހުނު ބެހެއްޓި މީހާގެ ހުއްދަ ލިބިގެން ރަހުނު ވިއްކާލެވިދާނު ކަމާއި، އަދި ދަރަނި ނުވަތަ ލޯނު ފައިސާ އަދާނުކުރެވޭ ހާލަތުގައި، ދަރަނި ލިބެންވާ ފަރާތުން ރަހުނު ވިއްކާލުމަށް އެދި ކޯޓަށް ހުށަހަޅައިފިނަމަ، ރަހުނު ވިއްކާލުމެށް ކޯޓުން އަމުރުކުރވިދާނެކަން އެނގެއެވެ.

55އިސްތިއުނާފުކުރެވިފައި މިވާ މައްސަލައު ގައި ރަހުނު ވިއްކާލުމުގެ ހުއްދަ ސިވިލް ކޯޓުން ދީފައިވަނީ، ލޯނު ފައިސާ އަދާނުކުރެވިގެންކަނ ސިވިލް ކޯޓުގް ނަންބަރ 3931/Cv-C/2018 ޤަޟިއްޔާއާއި އެ ޤަޟިއްޔާގެ ޙުކުމް ތަންފީޒުކުރުމުގެ ގޮތުން ހިންގުނު، އިސްތިއުނާފުކުރެވިފައި މިވާ ސިވިލް ކޯޓުގ ނަންބަރ 1439/Cv-C/2020 ޤަޟިއްޔާއަށް ބެލުމުން އެނގެން އޮންނައިރު، ރަހުނު ވިއްކާލުމުގެ ހުއްދައަށް އެމް.ސީ.ބީ ގެ ފަރާތުން އެދި އެކަން ކޯޓަށް ހުށހެޅުމުންކަނ ވެސް އެނގެއެވެ.

56އެހެންކަމުން، އިސްތިއުނާފުކުރެވިފައި މިވާ ސިވިލް ކޯޓުގެ ޤަޟިއްޔާގައި، ރަހުނު ވިއްކާލުމުގެ ހުއްދަދީ ސިވިލް ކޯޓުން ނންމ ނިންމުނި ޤާނޫނުއަސާސީގް 40ވަނަ މާއްދާއާ ޚިލާފުކަމަށް ބަލަންޖެހޭ ސަބަބެއް އޮތްކަމަށް ނުފެނެއެވެ. . ޤާނޫނު ނަންބަރު 1993/9 )ރަހުނާބެހޭ ޤާނޫނ( ގެ 12 ވަނަ މާއްދގައިވަނާ "ރަހުނުގެ ގޮތުގައެ ބަހައްޓަފައިވާ މުދަލެއްގެ މައްސަލަ ކޯޓަށް ހުށަހެޅުމުން އެމުދާ ވިއްކަން ކޯޓުން އަމުރުކުރެވޭނީ ރަހުނު ބެހެއްޓި މީހާގެ ހުއްދަ ލިބިގެން، ނުވަތަ ރަހުނު ބެހެއްޓިމީހ ނަގާފައިވާ ދަރަނި އ ދާކުރެވޭނ އެހެނ އެއްވެސް ގޮތެއް ނެތިގެން، ދަރަނި ލިބެންވާ މީހުންގެ ތެރެއިން މީހަކު ނުވަތަ ބަޔަކު އެދިއްޖެ ހިނދެއްގައެވެ." . އިސްތިއުނާފުކުރެވިފައި މިވާ ސިވިލް ކޯޓުގެ ނަންބަރ 1439/Cv-C/2020 ޤަޟިއްޔި އާ ގުޅިގެން ޞަބާޙް އަޙާމަދާއި ޝަރުމީލާ ޒުބައިރުގެ ބަދަލުގައި ޢަބްދާ ﷲ ނަޞީރު މުޙައްމަދު ސިވިލް ކޯޓަށް ދީފައިވާ 21 ސެޕްޓެންބަރު 2020 ތާރީޚުގެ ބަޔާނަށް ބަލާއިރުވެސް، ސިވިލް ކޯޓުގެ ނަންބަރު 3931/Cv-C/2018 ޤަޟިއްޔާއި ން ސާބިތުކޮށްފައިވާ، އެމް.ސީ.ބީ ގެ ފަރާތުން ދޫކޮށްފައިވާ ބޭންކިނގްފެސިލިޓީއަށް ދައްކަންޖެހޭ ފައިސާ ދެއކިފައިނުވާކަމަށ އެއްބަސްވެފައިވާކަން އެނގެއެވެ. އެކަމަށް ޞަބާޙް އަޙްމަދުގެ ފަރާތުން އިންކާރުކޮށްފައި ނުވެއެވެ. . މޫސާ ޢާލިމް ސޮއިކޮށް، އެމް.ސީ.ބީގެ ވަކީލުގެ ހައިސިއްޔަތުން ސިވިލް ކޯޓަށް އެޑްރެސްކޮށްފައިވާ ނަންބަރު ma/cvc/2020/shc06 )22 ޖޫން 2020( ސިޓީ.

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

  • ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 40 ވަނަ މާއްދާގެ (ހ) އަދި (ށ)
  • ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 56 ވަނަ މާއްދާ
  • ޤާނޫނު ނަންބަރު 9/93 (ރަހުނާބެހޭ ޤާނޫނު) ގެ 12 ވަނަ މާއްދާ
  • ސުޕްރީމް ކޯޓުގެ ސަރކިއުލަރ 2015/03/SC
  • ހައިކޯޓުގެ 2019/HC-A/587
  • ހައިކޯޓުގެ 2012/HC-A/209 (ސިވިލް ކޯޓުގެ 2403/Cv-C/2011 އާއި މަދަނީ ކޯޓުގެ 209/MC/2010 ޤަޟިއްޔާއާ ގުޅޭ)
  • ސުޕްރީމް ކޯޓުގެ ސަރކިއުލަރ 2015/06/SC (އިސްތިއުނާފު މުއްދަތާ ބެހޭ އިޢުތިރާޟުގައި ރައްދުވާ ފަރާތުން ހުށަހެޅި)
  • ހައިކޯޓުގެ 2012/HC-A/254 އަދި ސުޕްރީމް ކޯޓުގެ އެޓަރނީ ޖެނެރަލް އޮފީސް ވ. އަޙްމަދު ސިޔާމް (ރައްދުވާ ފަރާތުން ހުށަހެޅި)

ޝަރީޢަތުގެ ވީޑިއޯ

މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.

ޝެއަރ ކުރައްވާ