ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
2020/HC-A/209

އަޙްމަދު ޝިޔާޒު ވ. ޝެހެނާޒް އަހްމަދު ރިޒާ

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި
ސުޕްރީމް ކޯޓަށް އިސްތިއުނާފުކޮށްފައި ނުވޭ · ރަޖިސްޓްރީ ބެލީ 15 އޮކްޓޫބަރު 2026ޙުކުމުގެ ހާލަތު
ހައިކޯޓު · 24 ޑިސެމްބަރު 2025ދަށު ކޯޓު: ސިވިލް ކޯޓު 3739/Cv-C/2019ބާވަތް: މަދަނީ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
ސިވިލް ކޯޓު 3739/Cv-C/2019
ފަހުގެ ތާރީޚު
ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް

ކޯ ޓާމްސް

ޚުލާޞާ

ކޯޓުން ނިންމަން ޖެހުނު ސުވާލު
މައުޟޫޢީ ޙުކުމުގައި ޢަދަދެއް ކަނޑައެޅިފައި ނުވާއިރު (އެއްބަސްވުމުގެ މާއްދާއެއްގެ ދަށުން ފައިސާ ދައްކަމުން ގެންދިއުމަށް އެންގުމުން)، ޙުކުމް ތަންފީޛުކުރުމުގެ މައްސަލައިގައި ދައްކަންޖެހޭ ޢަދަދާއި މުއްދަތު ކަނޑައެޅުމަކީ މައްސަލައިގެ މައުޟޫއު އަލުން ހުޅުވައި ބެލުމެއްތޯ.

ނިންމުން

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި

އިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ޙުކުމް ޤާއިމް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

HN1 ޤާނޫނުއަސާސީގެ 56 ވަނަ މާއްދާގެ އިސްތިއުނާފުކުރުމުގެ ޙައްޤަށް ހުރަސް އެޅިފައިވާކަމަށް ބުނާނަމަ، ހުރަސް އެޅުނު ގޮތާއި އޭގެ ނަތީޖާ ބަޔާންކޮށްދޭން ޖެހެއެވެ؛ މައުޟޫޢީ ޤަޟިއްޔާއާއި ތަންފީޛީ ޤަޟިއްޔާ ދެ ޤަޟިއްޔާވެސް އިސްތިއުނާފުކުރުމުގެ ފުރުޞަތު ލިބިފައިވާނަމަ އެ ޙައްޤަށް ހުރަސް އެޅިފައެއް ނުވެއެވެ.

HN2 ދަށުކޯޓުގެ ޙުކުމުން ޤަވާޢިދެއްގެ މަޤްޞަދު ގެއްލޭކަމަށް ބުނާނަމަ، ޙުކުމުގައި ކަނޑައަޅާފައިވާ ކޮން ކަމަކުން އެ މަޤްޞަދު ގެއްލޭކަން ބަޔާންކޮށް އެކަށީގެންވާ ޤާނޫނީ ބަހުސެއް ހުށަހަޅަންޖެހެއެވެ.

HN3 ސުޕްރީމް ކޯޓުގެ އެޓަރނީ ޖެނެރަލްގެ އޮފީސް ވ. އަޙްމަދު ސިޔާމް ޤަޟިއްޔާގެ އުޞޫލުގެ މަތިން، ތަންފީޛުގެ މަރުޙަލާގައި ތަންފީޛުކުރަން އެދޭ މައްސަލައިގެ މައުޟޫއު އަލުން ހުޅުވައި ނުބެލޭނެއެވެ؛ އަދި ތިންވަނަ ފަރާތެއް ޟާމިނުވުމަށް އެއްބަސްވާ ޙާލަތެއްގައި މެނުވީ ދަރަނި ސާބިތުކުރި ޤަޟިއްޔާގެ ޚަޞްމެއް ނޫން ފަރާތެއްގެ މައްޗަށް ދަރަނި ދެއްކުމުގެ އިލްތިޒާމް ބަދަލު ނުކުރެވޭނެއެވެ.

HN4 ޙުކުމަކުން ކުރަން އަންގާފައިވާ، ދެފަރާތުގެ މެދުގައި ބަހުސެއް ނެތް، އަދި ދެފަރާތް އެއްބަސްވެގެން ހެދި އެއްބަސްވުމުގައިވާ ޢަދަދާއި ތާރީޚު ފަދަ ތަފްސީލުތައް ތަންފީޛުގެ މައްސަލައިގައި ބަޔާންކުރުމަކީ މައްސަލައިގެ މައުޟޫއު އަލުން ހުޅުވައި ބެލުމެއް ނޫނެވެ.

HN5 ޙުކުމެއް އިސްތިއުނާފުކޮށް އޭގެ ބަދަލެއް ނައިސްފައިވާނަމަ އެ ޙުކުމާ އެއްގޮތަށް ޢަމަލުކުރުމަކީ ޙުކުމް ރައްދުވާ ފަރާތުގެ ޒިންމާއެކެވެ؛ ޙުކުމާ އެއްގޮތަށް ފައިސާ ނުދައްކާނަމަ ޙުކުމް ތަންފީޛުކުރުމަށް ހުށަހެޅުމުގެ ފުރުޞަތު ޙުކުމް ލިބުނު ފަރާތަށް އޮވެއެވެ.

ވަކީލުންނާއި ފަނޑިޔާރުން

ވަކީލުން
—
ބެންޗު
މުޙައްމަދު ޝަނީޒް ޢަބްދުﷲ، ޙަސަން ޝަފީޢު، ޢަބްދުﷲ ޖަމީލް މޫސާ
ރިޔާސަތު
—
ރައުޔު ލިޔުނު ފަނޑިޔާރު
މުޙައްމަދު ޝަނީޒް ޢަބްދުﷲ · ތާއީދުކުރެއްވީ: ޙަސަން ޝަފީޢު، ޢަބްދުﷲ ޖަމީލް މޫސާ
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.

ފަނޑިޔާރު މުޙައްމަދު ޝަނީޒް ޢަބްދުﷲ ގެ ރައުޔު

މައްސަލައިގެ ތަޢާރުފު

1މިއީ، ސިވިލް ކޯޓުގެ ނަންބަރު 3739/Cv-C/2019 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް އެދި ގދ. ތިނަދޫ/ ގްރާސްމީޑް، އަޙްމަދު ޝިޔާޒު (މީގެ ފަހުން "އަޙްމަދު ޝިޔާޒު" ނުވަތަ "އިސްތިއުނާފުކުރާ ފަރާތް" ކަމަށް ބުނެފައިވާ)ގެ ފަރާތުން ހުށަހެޅުމުން މި ކޯޓުގެ ނަންބަރު 2020/HC-A/209 ޤަޟިއްޔާއިން ބަލާފައިވާ އިސްތިއުނާފެވެ.

2މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވަނީ، މާލެ، ޝެހެނާޒް އަޙްމަދު ރިޟާ (މީގެ ފަހުން "ޝެހެނާޒް އަޙްމަދް ރިޟާ" ނުވަތަ "އިސްތިއުނާފު ރައްދުފަރާތް" ކަމަށް ބުނެފައިވާ) ގެ މައްޗަށެވެ. މައްސަލައިގައި ކަންހިގާފައިވާގޮތް:

3ޝެހެނާޒް އަޙްމަދު ރިޟާ އާއި އަޙްމަދު ޝިޔާޒއު ދެމެދު 01 ފެބުރުވަރީ 2014 ގައި ވެފައިވާ އެއްބަސްވު މުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އަޙްމަދު ޝިޔާޒުއާ ޙަވާލުކުރެވުނު މަސައްކަތް އެއްބަސްވެފައިވާ ގޮތުގެ މަތީން ނިންމާފައިނުވާތީ، އެއްބަސްވުން ބާޠިލުކޮށްދިނުމަށާއި، […] އެވެ ކިޔާ ގޯތި ޝެހެނާޒް އަޙްމަދު ރިޟާއާ ޙަވާލުކުރުމަށް އަންގައި ދިނުމަށާއި، އެއްބަސްވުމގު 2 ވަނަ މާއްދާގެ (ބ) ގެ ދަށުން އަޙްމަދު ޝިޔާޒުގެ ފަރާތުން ޝެހެނާޒް އަޙްމަދު ރިޟާއަށް ދައްކަންޖެހޭނެ ކަމަށް ބަޔާންކޮށްފައިވާ ފައިސާ ހޯދުމަށް އެދި ޝެހެނާޒް އަޙްމަދު ރިޟާގެ ފަރާތުން ސިވިލް ކޯޓުގައި ދަޢުވާކުރިއެވެ. ދިވެހި ރައްޔިތެއްކަން އަންގައިދޭދިވެހި ރައްޔިތެއްކަން އަންގައިދޭ

4ސިވިލް ކޯޓުގެ ނަންބަރު 2933/Cv-C/2017 ޤަޟިއްޔާއިން ބެލި އެ ޤަޟިއްޔާގައި ނިންމީ، ޝެހެނާޒް އަޙްމަދު ރިޟާގެ ފަރާތުން އެދިފައިވާ ފަދައިން ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުން ޝަރީޢަތުގެ ފަރާތުން ބާޠިލުކޮށްދެވން ނެތްކަމަށާއި، ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގެ ދަށުން ޢމާރާތްކޮށި ނިންމަންޖެހޭ ޢިމާރާތުގެ ފލޯރތަކުގެ ތެރެއިން ނުނިމިވާ ފްލޯރތައް، 16 ޖުލައި 2018 އިން ފެށިގެން 06 (ހައެއް) މަސްދުވަހުގެ ތެރޭގައި ނިންމައި، އެއްބަސްވުމާ އެއްގޮތަށް ޝެހެނާޒް އަޙްމަދު ރިޟާއަށް ލިބިދޭންޖެހޭ ފްލޯރތައް އެފަރާތާ ޙަވާލުކުރުމަށް އަޙްމަދު ޝިޔާޒއަށު އަންގައި، އދ މި މުއްދަތުގެ ތެރޭގައި މި ފްލޯރތައް ޙަވާލުކޮށްފައި ނުވާނަމަ ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުން ބާޠިލުކުރުމަށް ޝަރީޢަތަށް ހުށަހެޅުމުގެ ޙައްޤު ޝެހެނާޒް އަޙްމަދު ރިޟާއަށް ލިބިގެންވާ ކަމަށް ކަނޑައަޅައި، ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގެ 2 ވަނަ މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ ފައިސާ، އެއްބަސްވުމާ އެއްގޮތަށް އަޙްމަދު ޝިޔާޒުގެ ފަރާތުން ޝެހެނާޒް އަޙްމަދު ރިޟާއަށް އަދާކުރަމުން ގެންދިއުމަށް އަޙްމަދު ޝިޔާޒުއަށް އަންގައިއެވެ.

5ބުނެވިދިޔަ ޤަޟިއްޔާގައި އެފަދައިން ކަނޑައެޅިފަހުން، މި އެއްބަސްވުން ބާޠިލްކޮށްދިނުމަށް އެދި ޝެހެނާޒް އަޙްމަދު ރިޟާގެ ފަރާތުން އަލުން ސިވިލް ކޯޓަށް ހުށަހެޅިއެވެ. އެ މައްސަލަ ބަލާފައިވަނީ ސިވިލް ކޯޓުގެ ނަންބަރު 2263/Cv-C/2019 ޤަޟިއްޔާއިންނެވެ.

6މި ދެފަރާތުގެ ދެމެދުގއަ ފައިވާ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އަޙްމަދު ޝިޔާޒއު ޙަވާލުކުރެވުނު މަސައްކަތް އެއްބަސްވެފައިވާ ގޮތުގެ މަތނި ނިންމާފައިނުވާތީ އާއާ އަދި ސިވިލް ކޯޓުގެ ނަންބަރު 2933/Cv-C/2017 ޤަޟިއްޔާގެ ޙުކުމުގައި ކަނޑައަޅާފައިވާ ގޮތުގެ މަތިން ފްލޯރ ތައް ޝެހެނާޒް އަޙްމަދު ރިޟާއާ ޙަވާލުކޮށްފައިނުވާތީ ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުން ސިވިލް ކޯޓުގެ ނަންބަރު 2933/Cv-C/2017 ޤަޟިއްޔާގެ ޙުކުމް. މި މައްސަލަ ނިންމީ 16 ޖުލައި 2018 ގައި. ބާޠިލުކޮށްދިނުމަށާއި، […] އެވާ ކިޔުނު ގޯތި ޙަވާލުކުރުމަށް އެދި އަޙްމަދު ޝިޔާޒުގެ މައްޗަށް ޝެހެނާޒް އަޙްމަދު ރިޟާގެ ފަރާތުން ހުށަހެޅުމުން، 16 ޖުލައި 2019 ގައި ސިވިލް ކޯޓުގެ ނަންބަރު 2263/Cv-C/2019 ޤަޟިއްޔާ ގައި ކޮށްފައިވާ ޙުކުމުގައި އަންނަނިވި ކަންކަން ކަނޑައަޅާފައިވެއެވެ.

1.6. […] އެވާ ކިޔުނު ގޯތި ރަހުނުކޮށް ބޭންކް އޮފް މޯލްޑިވްސް އިން ނަގާފައިވާ ލޯނަށް 16 ޖުލައި 2019 އިން ފެށިގެން ކުރިއަށް އޮތް 03 (ތިނެއް) މަސް ދުވަހުގެ ތެރޭގައި ފައިސާ ދެއްކުމަށް އަޙްމަދު ޝިޔާޒު އެއްބަސްވެ، ދެފަރާތުގެ މެދުގައި އެއްބަސްވުމަކަށް އައިސްފައިވާތީ،

2.6. ޝެހެނާޒް އަޙްމަދު ރިޟާ އާއި އަޙްމަދު ޝިޔާޒު އާދެމެދު ވެފައިވާ ސިވިލް ކޯޓުގެ ނަންބަރު 169/2014-C/C-Cv އއްބަސްވުނެ 17 ޖުލައި 2019 އިން ފެށިގެން ބާޠިލު ވެއްޖެކަމަށާއި،

3.6. […] އެވާ ކިޔުނު ގޯތީގައި އަޙްމަދު ޝިޔާޒުގެ ހުރިނަމަ ހުރި އެއްޗެއް ހުސްކޮށް 31 ޖުލައި 2019 ވަނަ ދުވަހުގެ ކުރިން […] އެވާ ކިޔުނު ގޯތި ޝެހެނާޒް އަޙްމަދު ރިޟއާ ޙަވާލުކުރުމަށް އަޙްމަދު ޝިޔާޒަށް އަންގައި،

4.6. ދެފަރާތުގެ ދެމެދުގައި އެ މައްސަލައިގައި އެއްބަސްވި ގޮތުގެ މަތިން ހ، ކެލީތިއ އެވާ ކިޔުނު ގޯތި ރަހުނުކޮށް ބޭންކް އޮފް މޯލްޑިވްސް އިން ނަގާފައިވާ ލޯނަށް ކުރިޔަށް އޮތް 03 (ތިނެއް) މަސްދުވަހުގެ ތެރޭގައި ފައިސާ ދެއްކުމަށް އަޙްމަދު ޝިޔާޒަށް އަންގާފައިވެއެވެ.

7އިސްތިއުނާފު ކުރެވިފައި މިވާ ސިވިލް ކޯޓުގެ ނަންބަރު 3739/Cv-C/2019 ޤަޟިއްޔާއަކީ، އެ ކޯޓުގެ ނަންބަރު 2933/Cv-C/2017 ޤަޟިއްޔާގެ ޙުކުމް ތަންފީޒުކުރުމުގެ ގތުނޮ ސިވިލް ކޯޓުގް އިސްނެގުމުގެ މަތިން ބަލާފައިވާ ޤަޟިއްޔާއެކެވެ. ސިވިލް ކޯޓުގެ ނަންބަރު 3739/Cv-C/2019 ޤަޟިއްޔާ ހުށަހެޅުނީ 08 އޮކްޓޫބަރު 2019 ގައި.

8ސިވިލް ކޯޓު ގެ ނަންބަރު 3739/Cv-C/2019 ޤަޟިއްޔާގައި ޙުކުމްކޮށްފައިވަނީ؛ " ދެންފަހެ، ސިވިލް ކޯޓުގެ ނަންބަރު 2933/Cv-C/2017 ޤަޟިއްޔާގައި ބަޔާންކޮށްފައިވާ ދަޢުވާކުރާ […] / މާލެ، ޝެހެނާޒް އަޙްމަދު ރިޟާ (އައިޑީކާޑު ނަންބަރު:( އާއި ދަޢުވާލިބޭ ގދ. ތިނަދޫ / ގްރާސްމީޑް، އަޙްމަދު ޝިޔާޒު (އައި.ޑީ( އާއި ދެމެދު ވެފައިވާ ސިވިލް ކޯޓުގެ ނަންބަރު 169/2014-C/C-Cv އެއްބަސްވުން ([…] ޝެހެނާޒް އަޙްމަދު ރިޟާގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ […] އެވާ ކިޔާ ގޯތީގައި، މިއެއްބަސްވުމުގައި ކަނޑައަޅާފައިވާ ގޮތަށް ފައިސާ ހޯދައިގެން، އަޙްމަދު ޝިޔާޒު ޒިންމާވާގޮތަށް […] 10 ބުރީގެ ޢިމާރާތެއް ކޮށް، އެ ޢިމާރާތުގެ 2 ފުލޯ ޝެހެނާޒް އަޙްމަދު ރިޟާ އަށް ލިބިދިނުމަށާއި، އަދި 03 ފުލޯ އަޙްމަދު ޝިޔާޒުއަށް، ކަނޑައެޅޭ ކުއްޔަކަށް ދިނުމާބެހޭ ގޮތުން ޝެހެނާޒް އަޙްމަދު ރިޟާ އާއި، އަޙްމަދު ޝިޔާޒުއާ ދެމެދު 01 ފެބްރުވަރީ 2014 ވަނަ ދުވަހު ވެފައިވާ އެއްބަސްވުން) ގެ 02 ވަނަ މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ ފައިސާ އެއްބަސްވުމާއި އެއްގޮތަށް ދަޢުވާލިބޭ ފަރާތުން ދަޢުވާކުރާ ފަރާތަށް ދައްކާފައިނުވާކަން ހުށަހެޅިފައިވާ ލިޔެކިޔުންތަކުންނާއި، ދެފަރާތުގެ ބަހުން ޝަރީޢަތށަ އެނގެން އޮތަތީ އާއި، އެއްބަސްވުމުގެ 02 ވަނަ މާއްދާގެ (ބ) ގެ ދަށުން ދަޢުވާލިބޭ ފަރާތުން ދަޢުވާކުރާ ފަރާތަށް ދައްކަންޖެހޭ ފައިސާގެ ޢަދަދަކީ މީލާދީ ކޮންމެ މަހަކަށް -/30,000ރ. (ތިރީސްހާސް ރުފިޔާ) ގެ މަގުންކަމުން، 02 އޮގަސްޓް 2015 އިން ފެށިގެން އެއްބަސްވުން ބާޠިލްކުރި ދުވަސް (17 ޖުލައި 2019) އާއި ހަމައަށް މި ވޭތުވެފައިވާ ޖުމުލަ 47 (ސާޅީސްހަތެއް) މަހާއި 15 (ފަނަރަ) ދުވަހަށް ދަޢުވާލިބޭ އަޙްމަދު ޝިޔާޒުގެ ފަރާތުން ދަޢުވާކުރާ ޝެހެނާޒް އަޙްމަދު ރިޟާއަށް ދައްކަންޖެހޭނެ ފައިސާގެ މިންވަރަކީ 1,424,516.1ރ. (އެއް މިލިއަން ހަތަރުލައްކަ ސައުވީސް ހާސް ފަސްސަތޭކަ ސޯޅަ ރުފިޔާ / އެއްލާރި) ކަން ޝަރީޢަތށަ ސާބިތުވެއްޖަކަމަށް ކަނޑައަޅައި، މިފައިސާ ދެއްކުމުގެ ގޮތުން މިއަދު (12 ޖުލައި 2020) ން ފެށިގެން 06 (ހައެއް) މަސްދުވަހުގެ ތެރޭގައި ކޮންމެ މަހަކުވެސް އެމަހަކަށްޖެހޭ މިންވަރަށް ވުރެނ މަދުން ނ ޢަދަދަކުން ސިވިލް ކޯޓަށް ފައިސާ ދައްކަމުންގޮސް ޚަލާޞްކުރުމަށް ދަޢުވާލިބޭ ގދ.ތިނަދޫ / ގްރާސްމީޑް، އަޙްމަދު ޝިޔާޒް އަށް އަންގައި ޙުކުމްކޮށްފީމެވެ." މި ފަދައިންނެވެ.

އިސްތިއުނާފީ ނުކުތތައާ

9ސިވިލް ކޯޓު ގެ ނަންބަރު 3739/Cv-C/2019 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް އެދި އަޙްމަދު ޝިޔާޒުގެ ފަރާތުން ހުށަހަޅާފައިވަނީ އަންނަނިވި ނުކުތާއެވެ.

1.9 ސިވިލް ކޯޓުގެ ނަންބަރު 2933/Cv-C/2017 ޤަޟިއްޔާގެ ޙުކުމުގައި ބަޔާންކޮށްފައި ނެތް ކަމެއްގެ މައްޗަށް އެ ޤަޟިއްޔާ ތަންފީޒުކުރުމުގެ ގޮތުން ކުރިއަށް ގެންދެވުނު ސިވިލް ކޯޓުގެ ނަންބަރު 3739/Cv-C/2019 ޤަޟިއްޔާއެއްގެ ތެރެއިން ތަންފީޒުކުރަންޖެހޭ ޙުކުމެއް ކަނޑައެޅިގެން ދިޔަ ދިޔުމަކީ، ދިވެހިރާއްޖޭގެ ޝަރުޢީ ނިޒާމުގައި ޙުކުމް ތަންފީޒުކުރުމާ ގުޅޭގޮތުން މިހާތަނަށް ޢަމަލުކުރެވެމުން އައި ގޮތާއި ޚިލާފު، އަދި ދިވެހިރާއްޖޭގެ ޖުމްހ ރިއްޔާގެ ޤާނޫނުއަސާސީގެ 56 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ ޙައްޤުން މަޙްރޫމްވާ އަދި "ރަހުނު ނުހިމެނޭ ސާބިތު ދަރަނީގެ މުޢާމަލާތްތަކުގައި ޢަމލަ ކުރަންވީ ގޮތުގެ ގަވާޢިދު" ގެ މަޤުޞަދު ގެއްލޭ ގޮތަށް ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.

އިސްތއުނާފި ކުރު ފަރާތުގާ ވާހަކަ

10އިސްތިއުނާފ ކުރު ފަރާތުން ދެއްކި ވާހަކަތަކުގައި މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވަނީ؛

1.10 ސިވިލް ކޯޓުގެ ނަންބަރު 2933/Cv-C/2017 ޤަޟިއްޔާގައި ކަނޑައެޅިފައި ނުވާ ކަމެއްގެ މައްޗަށް އިސްތިއުނާފު މިކުރެވޭ ނަންބަރު 3739/Cv-C/2019 ޤަޟިއްޔާގައި ގޮތެއް ކަނޑއެޅިގެނަ ގޮސްފައިވާތީ، އެފަދައިން ކަނޑައެޅި ކަނޑައެޅުމަކީ، ދިވެހިރާއްޖޭގެ ޝަރުއީ ނިޒާމްގައި ޙުކުމް ތަންފީޒުކުރުމާ ގުޅޭގޮތުން މިހާތަނަށް ޢަމަލު ކުރަމުން އައި ގޮތާއި ޚިލާފު އަދި ދިވެހިރާއްޖޭގެ ޖުމްހ ރިއްޔާގެ ޤާނޫނުއަސާސީގެ 56 ވަނަ މާއްދާއިން ކަށަވަރު ކޮށްދީފައިވާ ޙައްޤުން މަޙްރ މުވާ އަދި ރަހުނެއް ނުހިމެނޭ ސާބިތު ދަރަނީގެ މުޢާމަލާތް ތަކުގައި ޢަމަލު ކުރަންވީ ގޮތުގެ ޤަވާޢިދު ގެ މަގުސަދު ގެއްލޭ ގޮތަށް ނިންމާފައިވާ ނިންމުމެއް ކަމަށެވެ.

2.10ސިވިލް ކޯޓުގެ ނަންބަރު 2933/Cv-C/2017 ޤަޟިއްޔާގެ ޙުކުމުގައި ދެކަމެއް ކަނޑައަޅާފައިވާ ކަމަށާއި އެއްކަމަކީ، ދެފަރާތުގެ މެދުގައި އޮތް އެއްބަސްވުމަށް 06 މަސް ދުވަހުގެ މުއްދަތެއް އިތުރު ކޮށްދިނުން ކަމަށާއި، ދެވަނަ ކަމަކީ، 06 މަސް ދުވަހުގެ މުއްދަތުގެ ތެރޭގައި އެއްބަސްވުމުގެ 02 ވަނަ މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ ފައިސާ ދެއްކުން ކަމަށާއި، މި އިތުރުކޮށްދިން މުއްދަތަކީ ދިމާވާ އެކިއެކި ކަންތައްތަކާ ގުޅިގެން މަސައްކަތް ނުކުރެވި ދިޔަ ދުވަސްތަކާ އަދި ވިއްސާރަ ވުމުން ނުވަތަ ބާރު ނުފޯރުވޭ ޙާލަތެއް ދިމާވެގެން ދިޔަ ދުވަސްތަކުގެ ބަދަލުގައި އެއްބަސްވުމުގައި ބަޔާންކޮށްފައިވާ މަސައްކަތް ނިންމުމަށް އެއްބަސްވުމަށް އިތުރު ކުރެވުނު 06 މަސް ދުވަސް ކަމަށެވެ.

3.10އެއްބަސްވުމުގެ 02 ވަނަ މާއްދާގެ (ބ) ގެ ދަށުން އިސްތިއުނާފުކުރާ ފަރާތުން އިސްތިއުނާފު ރައްދުވާ ފަރާތަށް ދޭން ޖެހޭ މިންވަރާ ގުޅޭ ގޮތުން ސިވިލް ކޯޓުގެ ނަންބަރު 2933/Cv-C/2017 ޤަޟިއްޔާގެ ޙުކުމުގެ ދެ ވަނަ ޕެރެގްރާފުގައި ބަޔާންކުރަނީ، "ދެފަރާތުގެ ދެމެދުގައި ވެވިފައިވާ އެއްބަސްވުމުގެ 02 ވަނަ މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ ފައިސާ އެއްބަސްވުމާއި އެއްގޮތަށް ދަޢުވާ ލިބޭ ފަރާތުން ދަޢުވާ ކުރާ ފަރާތަށް އަދާކުރަމުން ގެންދިޔުމަށް ދަޢުވާ ލިބުނު ގދ.ތިނަދޫ / ގރާސްމިޑް، އަޙްމަދް ޝިޔާޒަށް އަންގައި މިގޮތުގެ މަތިން ޙުކުމް ކޮށްފީމެވެ. " މިފަދައިން ކަމަށާއި މި ނިންމުން މި ބިނާވަނީ ނުވަތަ ނިޞްބަތ ވަން އެއްބަސްވުމަށް އިތުރު ކުރެވުނު 06 މަސް ދުވަހަށް ކަމަށާއި، އެއްބަސްވުމުގައި ބަޔާންކުރަނީ އެއްބަސްވުމުގައި މަސައްކަތް ކުރުމަށް ކަނޑައަޅާފައި އޮތް މުއްދަތަށްވުރެ އިތުރަށް ހޭދަވު މުއްދަތުގައި ކޮންމެ މީލާދީ މަހަކަށް -30,000/ރ. (ތިރީސް ހާސް ރުފިޔާ)ގެ ރޭޓުން އިސްތިއުނާފު ރައްދުވާ ފަރާތަށް ފައިސާ ދޭން ޖެހޭނެ ކަމުގައި ކަމަށެވެ.

4.10އިސްތިއުނާފު މިކުރެވޭ ސިވިލް ކޯޓުގެ ނަންބަރު 3739/Cv-C/2019 ޤަޟިއްޔާގައި ކަނޑައަޅާފައިވަނީ، ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައިގެން އެއްބަސްވުން ބާޠިލކުރ ދުވަހާއި ހަމައަށު ދައްކަންޖެހޭ ފައިސާ ޢދަދަ ކަނޑައަޅައު ކަމަށާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/32 ޤަޟިއްޔާ އަދި ހައިކޯޓުގެ ނަންބަރު 2012/HC-A/254 ޤަޟިއްޔާއަށް ރިޢޔަތާ ކުރާއިރު މިއީ ތަންފީޒް ޤަޟިއްޔާއެއްގައި ޢަމަލުކުރަންޖެހޭ އުޞ ލާ ޚިލާފު ނިންމުމެއްކަމަށެވެ.

5.10މައުޟ ޢީ ގޮތުން ޤަޟިއްޔާގެ ތެރެއިން ނިންމަންޖެހޭ ކަމެއް މާކުރިން ނިމިފައިވާ މައްސަލައަކާ ގުޅުވައި ތަންފީޒީ މަރުޙަލާގެ ތެރެއިން އިތުރު ތަންފީޒީކަމެއ ކަނޑައެޅިގެން ދާގޮތަށ ނިންމް ނިންމުމަކާ ޝަރުޢީ ނިޒާމު ނަހަމަ ގޮތުގައި ބޭނުންކުރުމަށް ހުޅުވާލެވޭ ދޮރެއް ކަމަށާއި، މައުޟޢޫ މައްސަލީ ކުރިއަށް ދިޔައިރު ވާހަކަ ވެސް ދެކެވިފައިނުވާ ކަމެއް ތަންފީޒީ ޤަޟިއްޔާއެއްގެ ތެރެއިން ކަނޑައެޅިގެން ދިއުމަކީ ޤާނޫނުއަސާސީގެ 56 ވަނަ މާއްދާއިން ކަށަވަރުކޮށްދީފއިވާ އިސްތިއުނާފު ޙައްޤުން މަޙްރ މ ވާނެ ކަމެއް ކަމަށެވެ.

އިސްތިއުނާފު ކުރާ ފަރާތުން އެދޭގޮތް

11އިސްތިއުނާފ ކުރު ފަރާތުން އެދޭ ގޮތަކީ، ސިވިލް ކޯޓުގެ ނަންބަރު 3739/Cv-C/2019 ޤަޟިއްޔާ އެގޮތުގެ މަތިން ކުރިއަށް ނުގެންދެވޭނެ ކަމަށާއި، އެ ޤަޟިއްޔާގެ ދަށުން ކޮށްފައިވާ ޙުކުމް ބާޠިލުކަމަށް ކަނޑައަޅައި ދިނުމަށް ކަމަށެވެ. އިސްތއުނާފި ރައްދުވާ ފަރާތުގެ ވާހަކަ:

12އިސްތިއުނާފު ރައްދުވާ ފަރާތު ން މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވަނީ؛

1.12 ސިވިލް ކޯޓުގެ ނަންބަރު 3739/Cv-C/2019 ޤަޟިއްޔާގައި ނިންމާފައިވާ ނިންމުމަކީ، ޙުކުމް ތަންފީޒުގެ މައްސަލަތަކުގައި މިހާތަނަށް ޢަމަލުކުރަމުން އައި ގޮތާއި ޚިލާފު ނިންމުމެއް ކަމަށް އިސްތިއުނާފުކުރާ ފަރާތުން ފާހަގަކުރި ނަމަވެސް އެ ޙުކުމް މިހާތަނަށް ޢަމަލުކުރަމުން އައި ގޮތާ ޚިލާފުވާ ގޮތެއް ބަޔާންކޮށްދެވިފައި ނުވާ ކަމަށެވެ.

2.12ސިވިލ ކޯޓުގް ނަންބަރު 2933/Cv-C/2017 ޤަޟިއްޔާގެ ޙުކުމުގައި ކަނޑައަޅާފައިވަނީ ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގެ 2 ވަނަ މާއްދާގެ (ބ) ގެ ދަށުން ޢިމާރާތުގެ މަސައްކަތް ނުނިންމައި ފާއިތުވާ މުއްދަތުގައި ކޮންމެ މަހަކު ދައްކަންޖެހޭ -30,000/ރ. (ތިރީސް ހާސް ރުފިޔާ) އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ދައްކަމނު ދިއުމަށް ކަމަށާއި، އެއްބަސްވުމުގެ (ރ) ގައި އެއްބަސްވުމުގެ 2 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ގޮތަށް ޢިމރާތުގާ 9 ވަނަ ފަންގިފިލާ ނިންމައި ޙަވާލުކުރަންވާނީ ކަމަށެ ބަޔާންކުރާ ކަމަށާއިއެއްބަސްވުމުގެ 2 ވަނަ މާއްދާގެ (ނ) ގައިބޭންކ ލޯން އެޕްރވްކުރާ ތާރީޚުން ފެށިގެން 14 މަސްދުވަސް ތެރޭގައި ޢިމާރާތްކޮށް ނިންމަން ވާނެކަމަށް ބަޔާންކުރާ ކަމަށާއި އެހެންކަމުން، އެ ޙުކުމުގައި ބަޔާންކޮށްފައިވާ ފައިސާގެ ޢދަދުތަކާއަ ފައިސި ދައްކަންވީ ކޮން މުއްދަތަކުން ފެށަ ގެންކަން ސާފުކޮށް އެނގެން އޮތްކަމަށެވެ.

3.12ތަންފީޒު ޤަޟިއްޔާއެއްގައި ފައިސާ ދައްކަންޖެހޭ މިންވަރާއި، އެ މިންވަރު ހިސާބުކުރެވުނު ގޮތާއި އަދި އެ ޢަދަދު ނުވަތަ މުއްދަތު ކަނޑައަޅާފައިވުމުން، ދެން ނުކުންނަ ނަތީޖާއާއި ތަންފީޒު ޤަޟިއްޔާއެއްގައި ފައިސާ ދައްކަންޖެހޭ މިންވަރު ހިސާބުކުރެވިދާނެތޯ ބަލާއިރު، މައުޟޫޢީ ޤަޟިއްޔާގައި ޢަދަދެއް ކަނޑައަޅާފައި ނުވާ ޙާލަތުގައި ޢަދަދެއް ކަނޑަނޭޅޭނެ ކަމަށް އެއްވެސް ޤަޟިއްޔާއެއްގައި ކަނޑައަޅާފައި ނުވާ ކަމަށެވެ.

4.12 ޙުކުމުގައި ކަނޑައަޅާފައިވާ ޢަދަދު ހިސާބުކުރުމުގެ ގޮތުން ވަކި މައްސަލައެއްގެ ގޮތުގައި އެކަންކަން ހުށަހަޅައި ކޯޓުން ނިންމަންޖެހޭ އައު ނިންމުމެއް ނެތުމުންނާއި އަދި އެއްބަސްވުމުގެ 2 ވަނަ މާއްދާގެ

(ބ) ގައި ބަޔާންކޮށްފައިވާ ފައިސއަކާ ދައްކަންޖެހޭ ފައިސާ ކަމާމެދު މިހާރު ދެބަސްވުމެއް ނެތުމުން ފައިސާގެ ޢަދަދު ތަކަކީ ތަންފީޒު މަރުޙަލާގައި އަބަދުވެސް ކަނޑައަޅާ ޢަދަދު ތަކެއް ކަމަށްވުމުން، މިއީ ކަނޑައެޅި ޢަމަލުކުރަމުންދާ އިޖުރާތު އޮޅުވާލުމުގެ ނިޔަތުގައި ހުށަހަޅާފައިވާ ބޭކާރު ސުވާލެއް ކަމަށެވެ.

5.12 ޤާނޫނުއަސާސީގެ 56 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ އިސްތިއުނާފު ޙައްޤަކނު އިސްތިއުނާފުކުރާ ފަރާތް މަޙްރ މ ވެފައި ނުވާ ކަމަށާއި، މި ތަންފީޒީ ޤަޟިއްޔާއާ ގުޅޭ މައުޟޫޢީ ޤަޟިއްޔާ ކަމަށްވާ ނަންބަރު 2933/Cv-C/2017 ޤަޟިއްޔާ އިސްތިއުނާފު ކުރާ ފަރާތުން އިސްތިއުނާފުކުރި ކަމަށާއި، އެ މައްސަލަ ހައިކޯޓުގައި ބެލުމަށް ރަޖިސްޓަރީ ވެސް ކުރިކަމަށާއި އެ މައްސަލަ ނިމިފައިވަނީ އިސްތިއުނާފު ކުރާ ފަރާތުން ހާޒިރު ނުވެގެން ފޯމު ބާޠިލުކޮށް ކަމަށެވެ.

6.12 ރަހުނެއް ނުހިމެނޭ ސާބިތު ދަރަނީގެ މުޢާމަލާތްތަކުގައި ޢަމަލުކުރަންވީ ގޮތުގެ ޤަވާޢިދުގެ މަޤުޞަދު ގެއްލޭގޮތަށް ސިވިލް ކޯޓުން ޢަމަލުކޮށްފައިވާ ކަމަށް ބުނާ އިރު، އެ ގަވާއިދުގެ މަޤުޞަދަކީ ޙުކުމް ތަންފީޒުކޮށްދިނުން ކަމަށާއި، ޙުކުމެއްގައި ވަކި ކަމެއް ކަނޑައަޅާފައިވާނަމަ އެ ފައިސާގެ މިންވަރު ނަގައިދިނުން އެއީ އެ ޤަވާޢިދުގެ މައިގަނޑު މަގުސަދު ކަމަށާއި، ސިވިލް ކޯޓުން ޢަމަލުކޮށްފައިވަނީ އެ މަގުސަދު ޙާޞިލުވާ ގޮތަށަ ކަމަށާއި، އެ މަގުސަދު ޙާޞިލުނުވާ ގޮތެއު މި އިސްތިއުނާފުގައި ސާފުނުވާ ކަމަށާއި އެހެންކަމުން އިސްތިއުނާފީ ނުކުތާއެއް އޮތް ކަމަކަށް އިސްތިއުނާފު ރައްދުވާ ފަރާތުން ނުދެކޭ ކަމަށެވެ.

އިސްތިއުނާފު ރައްދުވާ ފަރާތުން އެދޭގޮތް

13އިސްތިއުނާފު ރައްދުވާ ފަރާތުން އެދެނީ، ސިވިލް ކޯޓުގެ ނަންބަރު 3739/Cv-C/2019 ޤަޟިއްޔއިނާ ކޮށްފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭ ޝަރުޢީ އަދި ޤާނޫނީ އެއްވެސް ސަބަބެއް ނެތްކަމަށް ކަނޑައަޅައި ދިނުމަށް ކަމަށެވެ.

ޝަރީޢަތަށް ފާހަގަކުރެވުނު ކަންތައްތައް

14މި މައްސަލައި ގައި ހުށަހެޅިފައިވާ އިސްތިއުނާފީ ނުކުތާތަކަށް ބަލާއިރު، އަހުރެންގެ ކުރިމަތީގައި އޮތް ސުވާލަކީ "ޙުކުމު ތަންފީޒު މައްސަލައެއްގެ ގޮތުގައި، އިސްތިއުނާފު ކުރެވިފައިވާ މައްސަލަ ކުރިއަށް ގެންދެވިދާނެތޯ؟ "އެވެ.

15އެ ސުވާލުގެ ޖަވާބު ލިބިގަތުމަށްޓަކައި، އިސްތިއުނާފު ކުރާ ފަރާތުގެ ބަހުސް ބިނާކޮށްފައިވާ ގޮތަށް ބަލައިލުން މުހިންމު ކަމުގައި ދެކެމެވެ.

16މިމައްސަލައިގައި އިސްތިއުނާފު ކުރާ ފަރާތގު ބަހުސް ބިނާ ކޮށްފައިވަނީ މައިގަނޑު ތިން އުސ ލަކާ ޚިލާފުވި ކަމަށާ ބުނެއެވެ. އެއީ ؛

1.16. ދިވެހިރާއްޖޭގެ ޖުމްހ ރިއްޔާގެ ޤާނޫނުއަސާސީގެ 56 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ ޙއަޤނު މަޙްރ މވު ގޮތަށް ޢމަލުކޮށްފައިވުނަ،

2.16. 'ރަހުނެއް ނުހިމެނޭ ސާބިތު ދަރަނީގެ މުޢާމަލާތްތަކުގައި ޢަމަލު ކުރަންވީ ގޮތުގެ ގަވޢާދު' ގެ މަގުސަދު ގެއްލޭ ގޮތަށް މައްސަލަ ނިންމާފައިވުން،

3.16. ދިވެހިރާއްޖޭގެ ޝަރުއީ ނިޒާމުގައި ޙުކުމް ތަންފީޒުކުރުމާ ގުޅޭގޮތުން މިހާތަނަށް ޢމަލަ ކުރެވެމުން އައި ގޮތާއި ޚލާފަށި އަމަލުކޮށްފައިވުން. ދިވެހިރާއްޖޭގެ ޖުމްހ ރިއްޔާގެ ޤާނޫނުއަސާސީގެ 56 ވަނަ މާއްދާއާ ގުޅުވައި ކޮށްފައިވާ ބަހުސް

17ދިވެހިރާއްޖޭގެ ޖުމްހ ރިއްޔާގެ ޤާނޫނުއަސާސީގެ 56 ވަނަ މާއްދާއަކީ، އިސްތިއުނާފުކުރުމުގެ ޙައްޤު ބަޔާންކުރާ މާއްދާއެވެ. އެ މާއްދާގައި ވަނީ އަންނަނިވި ފަދައިންނެވެ. "ޖިނާއީ މައްސަލަތަކުގައްޔާއި މަދަނީ މައްސަލަތަކުގައި އިއްވާ ޙުކުމްތަކާއި ނެރޭ ކޯޓުގެ އަމުރުތައް އިސްތިއުނާފަށް ހުށަހެޅުމުގެ ޙައްޤު، މައްސަލައާ ގުޅުންހުރި ކޮންމެ މީހަކަށްމެ ލިބިގެންވެއެވެ. "

18HN1ބ ޔާންވެދިޔ ނުކުތާއަ ގުޅޭގޮތުން އިސްތިއުނާފު ފޯމުގައްޔާއި، އަދި ދިވެހިރާއްޖޭގެ ހައިކޯޓުގައި ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު، އިސްތިއުނާފު ކުރާ ފަރާތުގެ އިސްތިއުނާފު ކުރުމުގެ ޙައްޤަށް ހުރަސް އެޅިފައިވަނީ ކިހިނެއްކަމެއް، އަދި އެކަމުގެ ސަބަބުން ނިކުތް ނަތީޖާއަކީ ކޮބައިކަމެއް އިސްތިއުނާފުކުރާ ފަރާތުން ބަޔާންކޮށްދީފައިނުވެއެވެ.

19މި ޤަޟިއްޔާއަކީ، ސިވިލް ކޯޓުގެ ނަންބަރު 3739/Cv-C/2019 ޤަޟިއްޔާ ނިމުނު ގޮތާމެދު ހިތްހަމަނުޖެހިގެން އަޙްމަދު ޝިޔާޒުގެ ފަރާތުން އިސްތިއުނާފު ކުރުމަށް ހުށަހެޅުމުން ބަލަމުންދާ ޤަޟިއްޔާއެވެ.

20މި ގަޟިއްޔާގެ މައޟޢު ޤަޟިއްޔާގެ ގޮތުގައި އިސްތިއުނާފު ކުރާ ފަރާތުން ފާހަގަކޮށްފައިވަނީ ސިވިލް ކޯޓުގެ ނަންބަރު 2933/Cv-C/2017 ޤަޟިއްޔާކަން އެނގޭއިރު، މި ދެ ޤަޟއްޔާވި ސ އިސްތިއުނާފެ ކުރުމުގެ ފުރުޞތަ އިސްތިއުނާފު ކުރު ފަރާތަށް ލިބިފައިވާކަން އިސްތިއުނާފު ކުރާ ފަރާތުގެ ބަހުން އެނގެން އޮތްއިރު، އިސްތިއުނާފުކުރުމުގެ ޙއަޤށަ ހުރަސް އެޅިފައިވާކަމަށް ބެލެވިދާނެފަދަ ޤާނޫނީ ބަހުސެއް މި ނުކުތާގައި ހުށަހެޅިފައިވާކަމުގައި ނުދެކެމެވެ. 'ރަހުނެ އ ނުހިމެނޭ ސާބިތު ދަރަނީގެ މުޢާމަލާތް ތަކުގައި ޢަމަލު ކުރަންވީ ގޮތުގެ ގަވާޢިދ' ގެ މގުސަ ދ ގެއްލަ ގޮތަށް މައްސަލަ ނިންމާފައިވާ ކަމަށްބުނެ ކޮށްފައިވާ ބަހުސް:

21އިސްތިއުނާފު ކުރެވިފައިމިވަނީ ސިވިލް ކޯޓުގެ ނަންބަރު 3739/Cv-C/2019 ޤަޟިއްޔާއިން ކޮށްފައވި ޙުކުމް ކަމުގައިވާއިރު، އެ ޙުކުމުގައިވަނީ އަންނަނިވި ފަދައިންނެވެ. " ދެންފަހެ، ސިވިލް ކޯޓުގެ ނަންބަރު 2933/Cv-C/2017 ޤަޟިއްޔާގައި ބަޔާންކޮށްފައިވާ ދަޢުވާކުރާ […] / މާލެ، ޝެހެނާޒް އަޙްމަދު ރިޟާ (އައިޑީކާޑު ނަންބަރު:( އާއި ދަޢުވާލިބޭ ގދ. ތިނަދޫ / ގްރާސްމީޑް، އަޙްމަދު ޝިޔާޒު (އައި.ޑީ ކާޑު ނަންބަރު:( އާއި ދެމެދު ވެފައިވާ ސިވިލް ކޯޓުގެ ނަންބަރު 169/2014-C/C-Cv އެއްބަސްވުން ([…] ޝެހެނާޒް އަޙްމަދު ރިޟާގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ […] އެވާ ކިޔާ ގޯތީގައި، މިއެއްބަސްވުމުގައި ކަނޑައަޅާފައިވާ ގޮތަށް ފައިސާ ހޯދައިގެން، އަޙްމަދު ޝިޔާޒު ޒިންމާވާގޮތަށް […] 10 ބުރީގެ ޢިމާރާތެއް ކޮށް، އެ އިމާރާތުގެ 2 ފުލޯ ޝެހެނާޒް އަޙްމަދު ރޟި އަށާ ލިބިދިނުމަށާއި، އަދި 03 ފުލޯ އަޙްމަދު ޝިޔާޒުއަށް، ކަނޑައެޅޭ ކުއްޔަކަށް ދިނުމާބެހޭ ގޮތުން ޝެހެނާޒް އަޙްމަދު ރޟި އާއި، އަޙްމަދު ޝިޔާޒުއާ ދެމެދު 01 ފެބްރުވަރީ 2014 ވަނަ ދުވަހު ވެފައިވާ އެއްބަސްވުން) ގެ 02 ވަނަ މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ ފައިސާ އެއްބަސްވުމާއި އެއްގޮތަށް ދަޢުވާލިބޭ ފަރާތުން ދަޢުވާކުރާ ފަރާތަށް ދައްކާފައިނުވާކަން ހުށަހެޅިފައިވާ ލިޔެކިޔުންތަކުންނާއި، ދެފަރާތުގެ ބަހުން ޝަރީޢތަށަ އެނގެން އޮތަތީ އާއި، އެއްބަސްވުމުގެ 02 ވަނަ މާއްދާގެ (ބ) ގެ ދަށުން ދަޢުވާލިބޭ ފަރާތުން ދަޢުވާކުރާ ފަރާތަށް ދައްކަންޖެހޭ ފައިސާގެ ޢަދަދަކީ މީލާދީ ކޮންމެ މަހަކަށް -/30,000ރ. (ތިރީސްހާސް ރުފިޔާ) ގެ މަގުންކަމުން، 02 އޮގަސްޓް 2015 އިން ފެށިގެން އެއްބަސްވުން ބާޠިލްކުރި ދުވަސް (17 ޖުލައި 2019) އާއި ހަމައަށް މި ވޭތުވެފައިވާ ޖުމުލަ 47 (ސާޅީސްހަތެއް) މަހާއި 15 (ފަނަރަ) ދުވަހަށް ދަޢުވާލިބޭ އަޙްމަދު ޝިޔާޒުގެ ފަރާތުން ދަޢުވާކުރާ ޝެހެނާޒް އަޙްމަދު ރޟިއަށް ދައްކަންޖެހޭނެ ފައިސާގެ މިންވަރަކީ 1,424,516.1ރ. (އެއް މިލިއަން ހަތަރުލައްކަ ސައުވީސް ހާސް ފަސްސަތޭކަ ސޯޅަ ރުފިޔާ / އެއްލާރި) ކަން ޝަރީޢަތަށް ސާބިތުވެއްޖަކަމަށް ކަނޑައަޅައި، މިފައިސާ ދެއްކުމުގެ ގޮތުން މިއަދު (12 ޖުލައި 2020) ން ފެށިގެން 06 (ހައެއް) މަސްދުވަހުގެ ތެރޭގައި ކޮންމެ މަހަކުވެސް އެމަހަކަށްޖެހޭ މިންވަރަށް ވުރެން މަދުން ން ޢަދަދަކުން ސިވިލް ކޯޓަށް ފައިސާ ދައްކަމުންގޮސް ޚަލާޞްކުރުމަށް ދަޢުވާލިބޭ ގދ.ތިނަދޫ / ގްރާސްމީޑް، އަޙްމަދު ޝިޔާޒްއަށް އަންގައި ޙުކުމްކޮށްފީމެވެ". މިފަދައިންނެވެ.

22HN2'ރަހުނެއް ނުހިމެނޭ ސާބިތު ދަރަނީގެ މޢު މަލާތާ ތަކުގައ ޢަމަލު ކުރަންވީ ގޮތުގެ ގަވާޢިދ' ގެ މގުސަ ދަ ގެއްލޭ ގޮތަށް އިސްތިއުނާފު ކުރެވިފައިވާ ސިވިލް ކޯޓު ޤަޟިއްޔާގެ ޙުކުމުގައި ކަނޑައަޅާފައިވަނީ ކޮންކަމެއްކަން އިސްތިއުނާފު ކުރާ ފަރާތުން ބަޔާންކޮށްދީފައި ނުވާހިނދު، 'ރަހުނެއް ނުހިމެނޭ ސާބިތު ދަރަނީގެ މޢުމަލާތތަކުގައް ޢަމަލު ކުރަންވީ ގޮތުގެ ގަވޢިދާ ' ގެ މަގުސަދު ގެއްލޭކަމުގެ މައްޗަށް އެކަށީގެންވާ ޤާނޫނީ ބަހުސެއް ހުށަހަޅައި ވާހަކަ ދއްކެފައިވާކަމުގައި ނުދެކެމެވެ. ދިވެހިރާއްޖޭގެ ޝަރުއީ ނިޒާމުގައި ޙު ކުމް ތަންފީޒުކުރުމާ ގުޅޭގޮތުން މިހާތަނަށް ޢަމަލު ކުރެ ވެމުން އައި ގޮތާއި ޚިލާފަށް ޢމަލުކޮށްފައިވަ ކަމަށްބުނާ އިސްތިއުނާފުކުރެ ފަރާތުން އުފައްދާފައިވާ ބަހުސް

23ސިވިލް ކޯޓުގެ ނަންބަރު 2933/Cv-C/2017 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމް، ތަންފީޒުކުރުމުގެ ގޮތުން ސިވިލް ކޯޓުގެ ނަންބަރު 3739/Cv-C/2019 ޤަޟިއްޔާއިން، ޙުކުމް ތަންފީޒު މައްސަލއެއަ ބަލައި ޙުކުމްކޮށް މައްސަލަ ނިންމާ ފައިވެއެވެ.

24ސިވިލް ކޯޓުގެ ނަންބަރު 2933/Cv-C/2017 ޤޟަ އްޔާގި ޙުކުމަށް ބަލާއިރު، ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގެ ދަށުން ޢިމާރާތްކޮށް ނިންމަންޖެހޭ ފްލޯރތަކުގެ ތެރެއިން ނުނިމިވާ ފްލޯރތައި 16 ޖުލައި 2018 އިން ފެށިގެން 06 (ހައެއް) މަސްދުވަހުގެ ތެރޭގައި ނިންމައި، އެއްބަސްވުމާ އެއްގޮތަށް އެ ފްލޯރތައް ޙަ ވާލުކުރުމަށާއި، މިފަދައިން ފްލޯރތައް ޙަވާލުކޮށްފައިނުވާނަމަ، އެއްބަސްވުން ބާޠިލުކުރުމަށް ޝަރީޢަތަށް ހުށަހެޅުމުގެ ޙައްޤު ޝެހެނާޒް އަޙްމަދު ރިޟާއަށް ލިބިގެންވާކަމަށް ކަނޑައަޅާފައިވެއެވެ.

25ހަމައެހެންމެ، ދެފަރާތުގެ ދެމެދު ވެފައިވާ އެއްބަސްވުމުގެ 2 ވަނަ މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ ފައިސާ އެއްބަސްވުމާ އެއްގޮތަށް އަޙްމަދު ޝިޔާޒުގެ ފަރާތުން ޝެހެނާޒް އަޙްމަދު ރިޟާއަށް އަދާކުރަމުން ގެންދިއުމަށް އަޙްމަދު ޝިޔާޒްއަށް އަންގާފައިވެއެވެ.

26ސިވިލް ކޯޓުގެ ނަންބަރު 3739/Cv-C/2019 ޤަޟއްޔާގި ޙުކުމަށް ބަލާއިރު، ދެފަރާތުގެ ދެމެދު ވެފައިވާ އެއްބަސްވުމުގެ 2 ވަނަ މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ ފައިސާ އެއްބަސްވުމާ އެއްގޮތަށް އަޙްމަދު ޝިޔާޒުގެ ފަރާތުން ޝެހެނާޒް އަޙްމަދު ރިޟާއަށް ދައްކާފައިނުވާކަން ލިޔެކިޔުންތަކުންނާއި، ދެފަރާތުގެ ބަހުން ޝަރީޢަތަށް އެނގެން އޮތަތީ އާއި، އެއްބަސްވުމުގެ 2 ވަނަ މާއްދާގެ (ބ) ގެ ދަށުން އަޙްމަދު ޝިޔާޒުގެ ފަރާތުން ޝެހެނާޒް އަޙްމަދު ރިޟާއަށް ދައްކަންޖެހޭ ފައިސާގެ ޢަދަދަކީ، ކޮންމެ މީލާދީ މަހަކަށް -/30,000ރ. (ތިރީސްހާސް) ރުފިޔާގެ މަގުން 02 އޮގަސްޓް 2015 އިން ފެށިގެން އެއްބަސްވުން ބާޠިލުކުރި ދުވަސް (17 ޖުލައި 2019) އާއި ހަމައަށް ވޭތުވެދިޔަ 47 (ސާޅީސް ހަތެއް) މަހާއި 15 (ފަނަރަ) ދުވަހަށް ޖެހޭ ފައިސާގެ މިންވަރަކީ، 1,424,516.1ރ. (އެއް މިލިއަން ހަތަރުލައްކަ ސައުވީސް ހާސް ފަސްސަތޭކަ ސޯޅަ ރުފިޔާ / އެއްލާރި) ކަން ޝަރީޢަތަށް ސާބިތުވެއްޖެކަމަށް ކަނޑައަޅައި، މި ފައިސާ 06 (ހައެއް) މަސްދުވަހުގެ ތެރޭގައި ދައްކާ ޚަލާޞްކުރުމަށް އަންގާފައިވެއެވެ.

27ބަޔާނވެދިޔް ޙުކުމްތަކަށް ބަލާއިރު، ފުރަތަމަ ޙުކުމް ގައި، އެއްބަސްވުމުގެ 2 ވަނަ މާއްދާގެ (ބ) ގައިވާ ފައިސާ، އެއްބަސްވުމާ އެއްގޮތަށް ދަޢުވާލިބޭ ފަރާތުން އަދާކުރަމުން ގެންދިއުމަށް އަންގާފައިވެއެވެ.

28ދެވަނަ ޙުކުމު ގައި، އެއްބަސްވުމުގެ 2 ވަނަ މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ ފައިސާ އެއްބަސްވުމި އެއްގޮތަށް ދަޢުވާލިބޭ ފަރާތުން ދަޢުވާކުރާ ފަރާތަށު ދައްކާފައިނުވާކަން ސާބިތުވާކަމަށް ކަނޑައެޅުމާއެކު، ދައްކަންޖެހޭ ފައިސާގެ މިންވަރާއި، ފައިސާ ދައްކަމުން ގެންދަންޖެހޭނެގޮތުގެ ތަފުސީލު އިތުރަށް ބަޔާންކޮށްފައިވެއެވެ.

29އިސްތިއުނާފު ކުރާ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި، ދެފަރާތުގެ ދެމެދު ވެފައިވަ އެއްބަސްވުމުގެ 2 ވަނަ މާއްދާގެ (ބ) އާ މެދު އެއްވެސް ޚިލާފެއް ނެތްކަމަށް ބަޔާންކޮށްފައިވެއެވެ. އދ ޝަރީޢތުނަ އެއްބަސްވުން ބާޠިލުކުރި ތާރީޚަ މެދުވެސް ޚލާފެއ ނެތްކަމަށް ބުނެފައިވެއެވެ. އަދި ދެފަރާތުގި ދެމެދު ވެފައިވާ އެއްބަސްވުމުގެ 2 ވަނަ މާއްދާގެ (ބ) ގެ ދަށުން ފައިސާ ދައްކަންޖެހޭ ކަމާމެދުވެސް ޚލާފެއ ނެތްކަމަށް ބުނެފައިވެއެވެ.

30އިސްތިއުނާފުކުރާ ފަރާތުގެ މައިގަނޑު ބަހުސަކީ، ދައްކަންޖެހޭ ފައިސގާ ޢަދަދާއި، ފައިސާ ދައްކަންޖެހޭ މުއްދަތު ކަނޑައެޅުމަށްޓަކައި މައޟޢު އައު ޤަޟިއްޔާއެއް ހިންގަނި ޖެހޭނެކަމަށާއި، އެކަން، އިސްތިއުނާފު ކުރެވިފައިވާ ޙުކުމް ތަންފީޒު ޤަޟިއްޔާގެ ތެރެއިން ނުކުރެވޭނެކަމެވެ. ހަމައެހެންމެ، ފުރަތަމަ ޙކުމަށު ބަލާއިރު، އެއްބަސްވުމުގެ 2 ވަނަ މާއްދާގެ (ބ) ގެ ދަށުން ފައިސާ ދައްކަންޖެހޭނީ އެ ޙުކުމުން ސިވިލް ކޯޓުގެ ނަންބަރު 2933/Cv-C/2017 ޤަޟިއްޔާގެ ޙުކުމް ސިވިލް ކޯޓުގެ ނަންބަރު 3739/Cv-C/2019 ޤަޟިއްޔާގެ ޙުކުމް އެއްބަސްވުމަށް އިތުރުކުރި 06 (ހައެއް) މަސްދުވަހަށްވާ މިންވަރު އެކަނިކަމަށްވެސް އިސްތިއުނާފު ކުރާ ފަރާތުން ފާހަގަކުރެއެވެ.

31HN3އިސްތިއުނާފު ކުރާ ފަރާތުން މި ނުކުތާގައި ހަވާލާދީފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އެޓަރނީ ޖެނެރަލްގެ އޮފީސް ވ. އަޙްމަދު ސިޔާމް ޤަޟިއްޔާގައި ބަޔާންކުރާ އުސލަށެވެ. އެއީ ޙުކުމް ތަންފީޒުކުރުމުގެ މައްސަލަ ބަލާ ފަނޑިޔާރުގެ އިޚްތިސާސް ބަޔާންކުރަމުން، ތަންފީޒުގެ މަރުހަލާގައި ތަންފީޒުކުރުމަށް އެދޭ މައްސަލައިގެ މައުޟޫއު އަލުން ހުޅުވައި ބެލުމެއް ނޯންނާނެކަމަށް ބަޔާންކުރާ އުސޫލެވެ. އެގޮތުން، ތިންވަނަ ފަރާތަކުން ދަރަންޏަކާ ޖާމިނުވުމަށް އެއްބަސްވާ ހާލަތެއްގައި މެނުވީ، ދަރަނީ ސާބިތުކުރި ޤޟަ އްޔާގައި ޚަ ސްމެއްކަމަށް ނުހިމެނޭ ފަރާތެއްގެ މައްޗަށް އެ ދަރަނި ދެއްކުމުގެ އިލްތިޒާމް ބަދަލުކުރުމަކީ ހުއްދަކަމެއް ނޫންކަމަށް އެ ޤަޟިއްޔާގައ ކަނޑައަޅާފައިވެއެވެ.

32ބަޔާންވެދިޔަ އުސޫލު މި މައްސަލައަށް ތަޠުބީގު ކުރމު ށ ބަލާއިރު، ދަރަނި ސާބިތުކުރި ޤަޟިއްޔާގައި ޚަސްމެއްކަމަށް ނުހިމެނޭ ފަރާތެއްގެ މައްޗަށް އެ ދަރަނި ދެއްކުމުގެ އިލްތިޒާމް ބަދަލުކުރުންފަދަ ކަމެއް ކޮށްފައިވާކަމަށް އިސްތިއުނާފު ކުރާ ފަރާތުން ފާހަގަ ކޮށްފައި ނުވެއެވެ. މައްސަލައިގެ މައުޟޫޢު އަލުން ހުޅުވައިގެން ބެލިތޯ ބަލާއިރު، ދެފަރާތުގެ ދެމެދު ވެފައިވާ އެއްބަސްވުމުގެ 2 ވަނަ މާއްދާގެ (ބ) ގެ ދަށުން ފައިސާ ދައްކަންޖެހޭކަމަށް ދަށު ކޯޓުން ކުރިންވަނީ ކަނޑައެޅިފައެވެ. ޙުކުމުގައި ކަނޑައަޅާފައި ވަނީ ވަކި މުއްދަތަކަށްވާ ފައިސާ ދެއްކުމަކަށްވެސް ނޫނެވެ. ޙުކުމުގައި އޮތީ، ދެފަރާތުގެ ދެމެދު ވެފައިވާ އެއްބަސްވުމުގެ 2 ވަނަ މާއްދާގެ (ބ) ގެ ދަށުން ދައްކަންޖެހޭ ފައިސާ ދައްކަންޖެހޭ ކަމަށެވެ.

33HN5ބަޔާންވެދިޔަ ކަންކަމަށް ބަލާއިރު، ދެފަރާތުގެ ދެމެދު ވެފައިވާ އެއްބަސްވުމުގެ 2 ވަނަ މާއްދާގެ (ބ) ގެ ދަށުން ފައިސާ ދައްކަންޖެހޭކަމަށް ދަށު ކޯޓުން ކަނޑައަޅާފައިވަނިކޮށް، އެ ޙުކުމް އިސްތިއުނާފުކޮށް އެއަށް ދިވެހިރާޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/32 ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާތަކުގެ 6 ވަނަ ނުކުތާ. ބަދަލެއް އައިސްފައިވާކަނ އެނގެން ނެތްއިރު، އެ ޙުކުމާ އެއްގޮތަށް ޢމަލުކުރުމަކ އިސްތިއުނާފީ ކުރަ ފަރާތުން ކުރަންޖެހޭ ކަމަކަށްވާއިރު، އެ ފައިސް ދެއްކުމަށް ކޯޓުން ކުރި ޙުކުމާ އެއްގޮތަށް ނުދައްކާނަމަ، އެ ފައިސާ ހޯދުމަށްޓަކައި ޙު ކުމް ތަންފީޒުކުރުމަށް ހުށަހެޅުމުގެ ފުރުސަތު އިސްތިއުނާފު ރައްދުވާ ފަރާތަށް އޮންނާނެކަމުގައި ދެކެމެވެ.

34HN4ހަމައެހެންމެ، ޙކު މ ތަންފީޒުކުރަން އެދިފައިވާ ހާލަތުގައި ކޯޓުން އެ މައްސަލައާމެދު ގޮތް ނިންމުމުގައި، ދެފަރާތުގެ މެދުގައި ބަހުސެއް ނެތް، އަދި ކޯޓު ޙުކުމަކުން ކުރަން އަންގާފައިވާ އަދި ދެފަރާތުން އެއްބަސްވެގެން ހަދާފައިވާ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ދެފަރާތުން އިއުތިރާޒކޮށްފައިނުވު ޢަދަދާއި ތާރީޚު ފަދަ ތަފްސީލުތައް ބަޔާންކުރުމަކީ، މައްސަލައިގެ މައުޟޫޢު އަލުން ހުޅުވައި އަލުން ބެލުންކަމުގައި ނުދެކެމެވެ.

35އެހެންކަމުން، ދަށު ކޯޓުގެ ނިންމުމަކީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އެޓަރނީ ޖެނެރަލްގެ އޮފީސް ވ. އަޙްމަދު ސިޔާމް ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުސޫލާ ޚލާފަށި ނިންމާފައިވާ މައްސަލައެއް ކަމުގައި ކަނޑައަޅާނެ ތަނެއް އޮތްކަމުގައި ނުދެކެމެވެ.

ނިންމަން ފެންނަގޮތް

36ބަޔާންވެދިޔަ ކަންކަމަށް ރިޢާޔަތްކޮށް، އިސްތިއުނާފު ކުރެވިފައިވާ ސިވިލް ކޯޓުގެ ނިންމުމަށް ބަދަލެއް ގެންނަންޖެހޭތަނެއ ނެތްކަމަށް ކަނޑައަޅައް މި މައްސަލި ނިންމަން ފެނެއެވެ.

ފަނޑިޔާރު ޙަސަން ޝަފީޢު ގެ ރައުޔު

37މި މައްސަލައިގައި ފަނޑިޔާރު މުޙައްމަދު ޝަނީޒް ޢަބްދުﷲ ގެ ރައުޔަށް ތާއީދުކުރަމެވެ. ދިވެހިރާޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/32 ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާތަކުގެ 6 ވަނަ ނުކުތާ.

ފަނޑިޔާރު ޢަބްދުﷲ ޖަމީލް މ ސްގެ ރައުޔާ

38މި މައްސަލައިގައި ފަނޑިޔާރު މުޙައްމަދު ޝަނީޒް ޢަބްދުﷲ ގެ ރައުޔަށް ތާއީދުކުރަމެވެ. އސްތިއުނާފުކުރުމުގ އިސްތިއުނާފުކުރުމުގެ އިޖުރާއަތު ބަޔާންކޮށްދިނުން

39މި ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި ޙުކުމްކުރުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ޤަޟިއްޔާ އިސްތިއުނާފުކުރުމުގެ ޙައްޤު މައްސަލައިގެ ޚަސްމުންނަށް ލިބިގެންވެއެވެ. އާންމު އުޞ ލެއްގެ ގޮތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް މައްސަލަ އިސްތިއުނާފުކުރުމަށް ހުށަހެޅޭނީ ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމުން ނިންމާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައެވެ. މި މުއްދަތުގެ ތެރޭގައި ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ޙަވާލުކޮށްފައިނުވާނަމަ، އިސްތިއުނާފުކުރުމުގެ މުއްދަތު ގުނަން ފަށާނީ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ޙަވާލުކުރާ ތާރީޚުން ފެށިގެންނެވެ. އެހެނަސް، ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ ޚުލާޞާއަށް ބިނާކޮށްވެސް އިސްތިއުނާފަށް ހުށަހެޅިދާނެއެވެ. ކޯޓުން މައްސަލައިގެ ޙުކުމްކުރުމަށްފަހު، އެ ޙުކުމް އިސްތިއުނާފުކުރުމުގެ ޙައްޤު ލިބިގެންވާކަމާއި، އިސްތިއުނާފުކުރެވޭނެ ކޯޓާއި، އިސްތިއުނާފުކުރަންޖެހޭ ވަގުތު ޚަޞްމުންނަށް ސާފުކޮށްދޭންވާނެކަމާއި، އަދި މިކަން ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގައި ބަޔާންކޮށްފައި އޮންނަންވާނެކަމުގައި މަދަނީ އިޖުރާއަތުގެ ޤާނ ނ (ޤާނ ނ ނަންބަރު 2021/32)ގެ 268 ވަނަ މާއްދާގައި ބަޔާންކުރެއެވެ. މިކަމުގައި ދެވޭ އިސްތިސްނާ މަދަނީ އިޖުރާއަތުގެ ޤާނ ނ (ޤާނ ނ ނަންބަރު 2021/32)ގެ 284 ވަނަ މާއްދާގެ (ރ) ގައި ބަޔާންކުރެއެވެ. މަދަނީ އިޖުރާއަތުގެ ޤާނޫނު (ޤާނ ނ ނަންބަރު 2021/32)ގެ 284 ވަނަ މާއްދާގެ (ހ) މަދަނީ އިޖުރާއަތުގެ ޤާނޫނު (ޤާނ ނ ނަންބަރު 2021/32)ގެ 284 ވަނަ މާއްދާގެ (ށ) މަދަނީ އިޖުރާއަތުގެ ޤާނޫނު (ޤާނ ނ ނަންބަރު 2021/32)ގެ 284 ވަނަ މާއްދާގެ (ނ)

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

ޝަރީޢަތުގެ ވީޑިއޯ

ހައިކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޝެއަރ ކުރައްވާ