ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
2023/HC-A/382

މުޙައްމަދު ތުސީލް ވ. އަޙްމަދު މުޢިއްޒު

ބައެއް ބަދަލުކުރި
ސުޕްރީމް ކޯޓަށް އިސްތިއުނާފުކޮށްފައި ނުވޭ · ރަޖިސްޓްރީ ބެލީ 15 އޮކްޓޫބަރު 2026ޙުކުމުގެ ހާލަތު
ހައިކޯޓު · 8 އޮކްޓޫބަރު 2024ދަށު ކޯޓު: ލ. ގަމު މެޖިސްޓްރޭޓް ކޯޓު 2023-O6C-ENF-11ބާވަތް: މަދަނީ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
ލ. ގަމު މެޖިސްޓްރޭޓް ކޯޓު 2023-O6C-ENF-11
ފަހުގެ ތާރީޚު
ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް

ކޯ ޓާމްސް

ޚުލާޞާ

ކޯޓުން ނިންމަން ޖެހުނު ސުވާލު
ޙުކުމް ތަންފީޛުކުރުމުގެ މައްސަލައެއްގައި ދަރަނިވެރިޔާގެ ގޯތި އޮންނަނީ އެހެން ކޯޓެއްގެ ސަރަޙައްދީ އިޙްތިޞާޞްގައި ކަމަށްވާތީ، ތަންފީޛީ މައްސަލަ ނިންމާލައި އެ ކޯޓަށް އަލުން މައްސަލަ ހުށަހެޅުމަށް އަރަނިވެރިޔާއަށް އިރުޝާދުދިނުން މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 368 ވަނަ މާއްދާގެ (ޅ) އާ އެއްގޮތްތޯ.

ނިންމުން

ބައެއް ބަދަލުކުރި

ދަށުކޯޓުގެ ނިންމުމުގެ ބައެއް ބާޠިލުކޮށް، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 368 ވަނަ މާއްދާގެ (ޅ) ގެ ދަށުން ސަރަޙައްދީ ކޯޓަކާ ޙަވާލުކޮށްގެން ކުރިއަށް ގެންދިއުމަށް ދަށުކޯޓަށް ތަޙުވީލުކުރި

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

HN1 ފައިސާ ދެއްކުމަށް ކުރާ ޙުކުމެއް ކަނޑައެޅި މުއްދަތުގެ ތެރޭގައި ދަރަނިވެރިޔާ ތަންފީޛުނުކޮށް، ތަންފީޛުކުރުމަށް އެދި އަރަނިވެރިޔާ ކޯޓަށް ހުށަހަޅައިފިނަމަ، ޙުކުމް ތަންފީޛުކުރުމުގެ މަރުޙަލާ ކޯޓުން ކުރިއަށް ގެންދަންވާނެއެވެ.

HN2 މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 368 ވަނަ މާއްދާގެ (ޅ) ގެ ދަށުން، ތަންފީޛީ މައްސަލައިގެ ތެރެއިން ކުރަންޖެހޭ ވަކި ކަމެއް ކުރުމުގެ އިޙްތިޞާޞް ލިބިގެންވަނީ އެހެން ސަރަޙައްދީ ކޯޓަކަށް ނަމަ، އެކަމެއް ކުރުމަށް އެ ސަރަޙައްދީ އިޙްތިޞާޞް ލިބިފައިވާ ކޯޓަކާ ޙަވާލުކުރެވިދާނެއެވެ؛ މި މާއްދާގެ މަޤްޞަދަކީ ޙުކުމް ތަންފީޛުކުރުމުގެ މަރުޙަލާގެ ދުވެލި އަވަސްކުރުމެވެ.

HN3 ތަންފީޛީ މައްސަލަ ނިންމާލައި، ސަރަޙައްދީ އިޙްތިޞާޞް ލިބިގެންވާ ކޯޓަށް އައު މައްސަލައެއްގެ ގޮތުގައި އަލުން ހުށަހެޅުމަށް އަރަނިވެރިޔާއަށް އިރުޝާދުދިނުމުން އަރަނިވެރިޔާ އުފުލަންޖެހޭ ބުރައާއި ޚަރަދު ބޮޑުވެ އިންޞާފު ލިބުން ލަސްވާތީ، އެއީ 368 ވަނަ މާއްދާގެ (ޅ) ގެ މަޤްޞަދާ ޚިލާފު ކަމެކެވެ؛ ތަންފީޛުކުރާ ކޯޓުން ކުރަންވާނީ އެ ކަމެއް ސަރަޙައްދީ އިޙްތިޞާޞް ލިބިފައިވާ ކޯޓަކާ ޙަވާލުކޮށްގެން ތަންފީޛީ މައްސަލަ ކުރިއަށް ގެންދިއުމެވެ.

ވަކީލުންނާއި ފަނޑިޔާރުން

ވަކީލުން
—
ބެންޗު
ފަނޑިޔާރު މުޙައްމަދު ފައިޞަލް، ފަނޑިޔާރު ޙުސައިން މަޒީދު، ފަނޑިޔާރު މުޙައްމަދު ޝަނީޒް ޢަބްދުﷲ
ރިޔާސަތު
—
ރައުޔު ލިޔުނު ފަނޑިޔާރު
ފަނޑިޔާރު މުޙައްމަދު ފައިޞަލް · ތާއީދުކުރެއްވީ: ފަނޑިޔާރު ޙުސައިން މަޒީދު، ފަނޑިޔާރު މުޙައްމަދު ޝަނީޒް ޢަބްދުﷲ
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.

1މިއީ، ހައްދުންމަތީ ގަމު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2023-O6C-ENF-11 މައްސަލަ ނިންމާފައިވަނީ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށްބުނެ […] / މުޙައްމަދު ތުސީލް ގެ ފަރާތުން އެ މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓަށް އިސްތިއުނާފުކޮށް ހުށަހެޅުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ. މި ޤަޟިއްޔާގއަ އިސްތިއުނާފި ރައްދުވު ފަރާތަ ކ ލ. މާވަށް، […] / އަޙްމަދު މުޢިއްޒު އެވެ.

މައްސަލައިގައި ކަން ހިނގާފައިވާގޮތް

2މުޙައްމަދު ތުސީލްގެ އަނބި ލ. ގަން / ތުނޑި. ވޭގަސް، އާމިނަތު ޒަކީއަށް ލ. ގަމުން ލިބިފައިވާ ގޯތީގައި އިމާރާތެއް ކުރުމަށް އަޙްމަދު މުޢިއްޒު އާއި ދެމެދު އެއްބަސްވުމެއް ވެވި، އެ އެއްބަސްވުމުގެ ދަށުން އެޑްވާންސް ޕޭމަންޓްގެ ގޮތުގައި -70,000/ (ހަތްދިހަހާސް ރުފިޔާ) 13 ޖޫން 2021 ވަނަ ދުވަހު އަޙްމަދު މުޢިއްޒުއާ ޙަވާލުކުރިއެވެ. ނަމަވެސް އޭނާގެ ފަރާތުން މަސައްކަތް ކުރިއަށް ގެންގޮސްފައިނުވާތީ އެޑްވާންސް ޕޭމަންޓުގެ ގޮތުގައި މުޙައްމަދު ތުސީލްގެ ފަރާތުން އަޙްމަދު މުޢިއްޒުއަށް ދިން -70,000/ (ހަތްދިހަހާސް ރުފިޔާ) އޭނާގެ އަތުން އަނބުރާ ހޯދުމަށް އެދި މުޙައްމަދު ތުސީލްގެ ފަރާތުން ހައްދުންމަތީ ގަމު މެޖިސްޓްރޭޓް ކޯޓަށް މައްސަލަ ހުށަހެޅިއެވެ. އެ މައްސަލަ އެ ކޯޓުން ބަލާފައިވަނީ އެކޯޓުގެ ނަންބަރު 161/O6C/2022 ޤަޟިއްޔާއިންނެވެ.

3ބުނެވުނު ޤަޟިއްޔާގައި ނިންމާފައިވަނީ މުޙައްމަދު ތުސީލްގެ ފަރާތުން އިމާރާތް ކުރުމުގެ މަސައްކަތް ކުރުމަށް އަޙްމަދު މުޢިއްޒުއަށް ދީފައިވާ -70,000/ (ހަތްދިހަހާސް ރުފިޔާ) 05 ޑިސެންބަރު 2022 އިން ފެށިގެން އައިޑީއައިޑީ14 ދުވަހުގެ ތެރޭގައި މުޙައްމަދު ތުސީލްއަށް ދިނުމަށެވެ. އެ މައްސަލަ ނިންމާފައިވަނީ އަޙްމަދު މުޢިއްޒުގެ ޣައިރު ހާޟިރުގައިކަން ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓުން އެނގެންއޮވެއެވެ .

4ހައްދުންމަތީ ގަމު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 161/O6C/2022 ޤަޟިއްޔާގެ ނިންމުމާ އެއްގޮތަށް އެ ފައިސާ އަޙްމަދު މުޢިއްޒުގެ ފަރާތުން ދައްކާފައިނުވާތީ، ބުނެވުނު ޤަޟިއްޔާގެ ޙުކުމް ތަންފީޒުކުރުމަށް އެދި މުޙައްމަދު ތުސީލް ހުށަހެޅިއެވެ. އެ ޤަޟިއްޔާ ބަލާފައިވަނީ އެ ކޯޓުގެ ނަންބަރު 2023-O6C-ENF-11 އިންނެވެ .

5ބުނެވުނު ތަންފީޛީ މައްސަލައިގައި އަންނަވި ކަންކަމަށް ރިޢާޔަތްކޮށް އެ ކޯޓުން މައްސަލަ ނިންމާފައިވެއެވެ .

1.5- އަޙްމަދު މުޢިއްޒުގެ ބޭންކް އެކައުންޓް 05 އެޕްރީލް 2023 ވަނަ ދުވަހު ހިފެހެއްޓި، އެ އެކައުންޓުގައި ހުރި -5826.63/ (ފަސްހާސް އަށްސަތޭކަ ސައްބީސް ރުފިޔާ ފަސްދޮޅަސް ތިންލާރި) ކޯޓުގެ އެކައުންޓަށް ޖަމއަކުރުމަށްފަހު، އަޙްމަދު މުޢިއްޒުގެ ފަރާތުން މުޙައްމަދު ތުސީލްއަށް ރައްދުކުރަންޖެހޭ -70,000/ (ހަތްދިހަހާސް ރުފިޔާ) ގެ ތެރެއިން -5826.63/ (ފަސްހާސް އަށްސަތޭކަ ސައްބީސް ރުފިޔާ ފަސްދޮޅަސް ތިންލާރި) އުނިކުރުމުން ބާކީ ދައްކަންޖެހޭ -64,173.37/ (ފަސްދޮޅަސ ހަތަރުހާސް އެއްސަތޭކަ ހަތްދިހަ ތިން ރުފިޔާ ތިރީސް ހަތްލާރި) އެފަރާތަށް ދެއްކޭނެ އެއްވެސް ގޮތެއް އޮތްތޯއާއި އަޙްމަދު މުޢިއްޒުގެ ނަމުގައި އެއްވެސް މުދަލެއް ނުވަތަ ގޯއްޗެއް އޮންނާނެތޯ ސުވާލުކުރުމުން، އެ ފައިސާ ދައްކާނެ އެއްވެސް ގޮތެއް ނެތް ކަމަށާއި، އަޙްމަދު މުޢިއްޒުގެ ނަމުގައި އެއްވެސް މުދަލެއް ނުވަތަ ގޯއްޗެއް ނޯންނާނެކަމަށް އަޙްމަދު މުޢިއްޒު ބުނެފައިވެއެވެ. ލ. ގަން މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 161/O6C/2022 ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ލ. ގަން މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2023-O6C-ENF-11 ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު އބމ

2.5- އަޙްމަދު މުޢިއްޒުގެ ނަމުގައި އެއްވެސް އެއްޗެއް (ބަންޑާރަ ނުވަތަ އަމިއްލަ ބިމެއް، އިމާރާތާއި ގޯއްޗެއް ނުވަތަ އިމާރާތުން ގޯތި ނ ބައެއް ނުވަތް ތަރިކައިން ނުވަތަ ހިބައިން ނުވަތަ އެނޫންވެސް ގޮތަކުން ލިބިފައިވާ ގޯއްޗެއް ނުވަތަ އިމާރާތާއި ގޯއްޗެއް ނުވަތަ އިމާރާތާއި ގޯތިން ބައެއް، އުޅަދެއް ނުވަތަ އެނޫންވެސް އެއްޗެއް) އެއްވެސް ހައިސިއްޔަތަކުން އެފަރާތަށް ލިބިފައިވޭތޯ ކޯޓުން ބެލި ބެލުމނު ލ. މާވަށުގައި އަޙްމަދު މުޢިއްޒުގެ ނަމުގައި "ގްލޯރީ" އެވެ ކިޔާ 5009 އަކަފޫޓުގެ އަމިއްލަ ގޯއްޗެއް ރަޖިސްޓްރީ ކުރެވިފައިވާކަމާއި އެނޫން މުދަލެއް އަޙްމަދު މުޢިއްޒުގެ ނަމުގައި ނެތްކަން ފާހަގަކުރެވިފައިވެއެވެ.

3.5- އެހެންކަމުން ލ. މާވަށް "ގްލޯރީ" އެވެ ކިޔާ 5009 (ފަސްހާސް ނުވައެއް) އަކަފޫޓުގެ އަމިއްލަ ގޯތި ވިއްކާލުމަށްޓަކައި ކޯޓުން އެ މުދާ ހިފެހެއްޓުމަށް ނިންމާފައިވާކަމަށް އަރަނިވެރިޔާއަށާއި، ދަރަނިވެރިޔާ އަދި ކަމާ ބެހޭ އެންމެހާ ފަރާތްތަކަށް އަންގައި، އެ މުދަލުގެ މިލްކުވެރިކަމަށް ބަދަލެއް އަންނަ ނުވަތަ މިލްކުވެރިކަން ބަދަލުކުރުމަށް ހުރަސްއެޅޭ އެއްވެސް ކަމެއް ނުކުރުމަށް ހައްދުންމަތީ ގަމު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު O6C/ECA/2023/04 އިން އަންގާފައިވެއެވެ.

4.5- އަދި އަރަނިވެރިޔާއަށް ލިބެންޖެހޭ ފައިސާ ހޯދައިދިނުމަށް "ގްލޯރީ" އެވެ ކިޔާ ގޯތީގެ ބައެއް ޤާނޫނީ ހަމަތަކުގެ މަތިން ވިއްކައި، -70,000/ (ހަތްދިހަހާސް ރުފިޔާ) ގެ ތެރެއިން 5826.63 (ފަސްހާސް އަށްސަތޭކަ ސައްބީސް ރުފިޔާ ފަސްދޮޅަސް ތިންލާރި) ކެނޑުމުން ބާކީ ދައްކަންޖެހޭ -64,173.37/ (ފަސްދޮޅަސ ހަތަރުހާސް އެއްސަތޭކަ ހަތްދިހަ ތިން ރުފިޔާ ތިރީސް ހަތްލާރި) އރަނިވެރިޔާއަށަ ރައްދުކުރުމަށް ކަނޑައަޅައި ނިންމާފައިވެއެވެ.

5.5- ނަމަވެސް "ގްލޯރީ" އެވެ ކިޔާ ގޯއްޗަކީ ލ. މާވަށުގައި އޮންނަ ގޯއްޗެއްކަމަށްވާތީ، ސަރަޙައްދީ އިޙްތިޞާޞީ ގޮތުން އެ ގޯތި ވިއްކާލުމުގެ ފުރިހަމަ ބާރު ލިބިގެންވަނީ ލ. މާވަށު މެޖިސްޓްރޭޓް ކޯޓުގައިވުމާއެކު، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 371 ވަނަ މާއްދާގައި ބަޔާންކުރާ ދަރަނިވެރޔާގި އަސާސީ ޟަރޫރަތްތަކަށް ބޭނުންވާ ފައިސާގެ މިންވަރު ނުހިފެހެއްޓުމަށ އޮންން އޮތުމަށް ޤިޔާސްކޮށް، ދަރަނިވެރިޔާގެ ބޯހިޔާވަހިކަމުގެ ޙައްޤުގެ މިންވަރުގެ ތެރެއިން، އެ ޙައްޤުގެ އެންމެ ކުޑަ މިންވަރު ހިފެހެއްޓޭގޮތަށ ބެލުމަށް އަމުރުކޮށް، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 368 ވަނަ މާއްދާގެ (ޅ)ގައިވާ ގޮތުގެ މަތިން އެ މައްސަލަ ލ. މާވަށު މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅައިގެން ކުރިއަށް ގެންދިއުމަށް އަރަނިވެރިޔާ މުޙައްމަދު ތުސީލަށް އިރުޝާދުދީ މައްސަލަ ނިންމާފައިވެއެވެ.

6މުޙައްމަދު ތުސީލްގެ ފަރާތުން އިސްތިއުނާފުކޮށްފައިވަނީ ބުނެވުނު ހައްދުންމަތީ ގަމު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު ނަންބަރު 2023-O6C-ENF-11 ތަންފީޛީ މައްސަލައެވެ.

އިސްތިއުނާފީ ނުކުތާތައް

7ހައްދުންމަތީ ގަމު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު ނަންބަރު 2023-O6C-ENF-11 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް އެދި މުޙައްމަދު ތުސީލްގެ ފަރާތުން ހުށަހަޅާފައިވަނީ:

1.7- ހައްދުންމަތީ ގަމު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު ނަންބަރު 2023-O6C-ENF-11 ޤަޟިއްޔާ ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާއާއި ޤާނޫނު ނަންބަރު 13/2010 (ފަނޑިޔާރުންގެ ޤާނޫނު)ގެ 5 ވަނަ މާއްދާއާއި އެ ޤާނޫނުގެ 7 ވަނަ މާއްދާއާއި ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގ ކޯޓުތަކުގެ ޤާނޫނު)ގެ 69 ވަނަ މާއްދާއާއި ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު)ގެ 362 ވަނަ މާއްދާއާއި 363 ވަނަ މާއްދާގެ (ނ) އާއި 367 ވަނަ މާއްދާއާއި 368 ވަނަ މާއްދާގެ (ޅ) އާއި 370 ވަނަ މާއްދާއާއި 110 ވަނަ މާއްދާއާއި ޚިލާފަށް ނިންމާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ؛

2.7- ހައްދުންމަތީ ގަމު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު ނަންބަރު 2023-O6C-ENF-11 ޤަޟިއްޔާ ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު)ގެ 261 ވަނަ މާއްދާގެ (ހ)ގެ 5 ވަނަ މާއްދާއާއި 39 ވަނަ މާއްދާއާއު 40 ވަނަ މާއްދާއާއި 110 ވަނަ މާއްދާގެ (ހ) އާއި (ކ) އާ ޚިލާފަށް ނިންމާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ. އިސްތިއުނާފީ ނުކުތާގެ ތަފްސީލުގައި އިސްތިއުނާފު ކުރާ ފަރާތުން ދެއްކި ވާހަކަ

8އިސްތިއުނާފުކުރާ ފަރާތުން މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވަނީ އަންނަނިވި ކަންކަމެވެ.

1.8- ޙުކުމް ތަންފީޒުކުރުމަށް ފިޔަވަޅުތައް އަޅައި ޙުކުމް ތަންފީޒުކުރާ ކޯޓުގެ އިޙްތިޞާޞް ހިނގާ ސަރަހައްދުން ބޭރުގައި ޙުކުމް ތަންފީޒުކުރުމަށް ވަކިކަމެއް ކުރަންޖެހޭނަމަވެސ އެކަމެއް ކުރުމަށް އެތަނެއްގައި ހުރި ކޯޓެއްގެ އެހީތެރިކަން ހޯދޭނެކަނ މަދަން އިޖުރާއަތުގެ ޤާނޫނުގެ 368 ވަނަ މާއްދާގެ

(ޅ) ގައި ބަޔާންކޮށްފައިވާކަމާއި، ޙުކުމް ތަންފީޒުކުރުމުގެ މައްސަލަ ކުރިއަށް ނުގެންގޮސް ހުއްޓާލެވޭނީ އެ ޤާނޫނުގެ 370 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޙާލަތްތަކުގައި ކަމަށް ބަޔާންކޮށްފައިވާކަމާއި، އެއިން ޙާލަތެއް ވުޖޫދުނުވަނީސް އެ ޤާނޫނުގެ 110 ވަނަ މާއްދާގައިވާގޮތަށް ދަޢުވާއާ ހަވާލުވެ، އެ ދަޢުވާއާމެދު ގޮތެއް ނިންމުމުގެ އިޙްތިޞާޞް އެ ކޯޓަށް ލިބުގެންނުވާކަމަށ ބުން ދަޢުވެ ރައްދުވާ ފަރާތުން ހުށަނާޅަނީސ މައްސަލް ބައްލަވާ ފަނޑިޔާރު އަމިއްލަ އިސްނެގުމުގެ މަތިން މައްސަލަ ނިންމާފައިވާކަމަށް ބުނެއެވެ.

2.8- މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 368 ވަނަ މާއްދާގެ (ޅ) ގައި ޙުކުމް ތަންފީޒުކުރަންޖެހެނީ ކޯޓުގެ އިޙްތިޞާޞް ހިނގާ ސަރަޙައްދުން ބޭރުގައިނަމަ، ޙުކުމް ތަންފީޛުކުރުމުގެ ގޮތުން ކުރަންޖެހޭ ކަންކަން ކުރުމަށް އެ ސަރަޙައްދެއްގެ ސަރަޙައްދީ އިޙްތިޞާޞް ލިބިފައިވާ ކޯޓަކާ ޙަވލުކުރެވިދާނެކަމަށާ ބަޔާންކޮށްފައިވާކަމުން، މުޅި ޙުކުމް ތަންފީޛުކުރުމުގެ މައްސަލަ ނިމުމަކަށް ގެނެސް ސަރަޙައްދީ އިޙްތިޞާޞް އޮތް ތަނަށް ހުށަހަޅައިގެން ކުރިއަށް ގެންދިއުމަށް ފަނޑިޔާރުގެ އަމިއްލަ އިސްނެގުމަށް ނިންމުމަކީ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ ނައްސުތަކުން ފަނޑިޔާރަށް ލިބިގެންވާ ބާރެއްނޫންކަމަށް ބުނެއެވެ.

3.8- މައްސަލަ ނިމުނުގޮތުގެ ރިޕޯޓުގެ 15 ވަނަ ނަންބަރުގައި ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 69 ވަނަ މާއްދާއަށް ރިޢާޔަތްކޮށްފައިވާއިރު، އެ މާއްދާއަކީ ކޯޓުތަކުގެ ސަރަޙައްދީ އިޙްތިޞާޞް ބަޔާންކުރާ މައްދާއަށްވެފައި، އިސްތިއުނާފުކުރެވިފައިވާ މައްސަލައަކީ މަދަނީ މައްސަލަތުގެ އިޖުރާއަތުތަކާއި، ޝަރީޢަތުގެ މަރުހަލާތައް ހިނގާނެ ގޮތާއި، ގޮތެއް ނިންމުމުގައާއި، ޝަރީޢަތް ނިމި ޙުކުމް ތަންފީޒުކުރުމުގައި އަމަލުކުރާނެ އިޖުރާއަތްތަކާއި އެނޫންވެސް މައްސަލަތަކުގެ މަދަނީ އިޖރާއަތާބެހު އާންމު އުސޫލުތައް ބަޔާންކުރާ މަދަނީ އިޖުރާއަތުގެ ޤާނޫނު ވުޖޫދުވި ފަހުން އެ ޤާނޫނުގެ ދަށުން ހިނގަމުން އައި މައްސަލައެއްކަމުން އެ މައްސަލަ ނިންމުމުގައި ދަށުކޯޓުން ކޯޓުތަކުގެ ޤާނޫނުގެ 69 ވަނަ މާއްދާ ތަޠުބީޤުކޮށްފައިވަނީ ރަނގަޅަކަށްނޫންކަމަށެވެ.

އިސްތިއުނާފު ރައްދުވާ ފަރާތުން ދެއްކި ވާހަކަ

9އިސްތިއުނާފީ ނުކުތާތަކާ ގުޅިގެން އިސްތިއުނާފު ރައްދުވާ ފަރާތުން ބުނެފައިވަނީ "ގްލޯރީ" އެވެ ކިޔާ ގޯތި ވިއްކުމަށް ހައްދުންމަތީ ގަމު މެޖިސްޓްރޭޓް ކޯޓަށް ނޭންގޭނެކަމަށެވެ. އިތުރު ކަމެއް ފާހަގަކޮށްފައިނުވެއެވެ.

ޝަރީޢަތަށް ފާހަގަކުރެވުނު ކަންކަން

10އިސްތިއުނާފު ކުރެވިފައިވާ ޤަޟިއްޔާގައި ދިވެހިރާއްޖޭގެ ހައިކޯޓުން ބަލަންޖެހޭ ކަމަކީ ޙުކުމް ތަންފީޛކުރުމުގު މައްސަލައިގެ ތެރެއިން "ގްލޯރީ" އެވެ ކިޔާ ގޯއްޗަކީ ލ. މާވަށުގައި އޮންނަ ގޯއްޗެއްކަމަށްވާތީ، ސަރަޙައްދީ އިޙްތިޞާޞްގެ ތެރެއިން އެ ގޯތި ވިއްކާލުމުގެ ފުރިހަމަ ބާރު ލިބިގެންވަނީ ލ. މާވަށު މެޖިސްޓރްޓށަ ކޯޓުގައިވާތީ، ލ. މާވަށު މެޖިސްޓްރޭޓް ކޯޓަށް މައްސަލަ ހުށަހަޅައިގެން ކުރިއަށް ގެންދިއުމަށް މުޙައްމަދު ތުސީލްއަށް އިރުޝާދު ދީފައިވަނީ ރަނގަޅަށްތޯ ނުވަތަ ނޫންތޯއެވެ. މަދަނީ އިޖުރާއަތުގެ ޤާނޫނުގެ ދަށުން ޙުކުމް ތަންފީޒުކުރުން

11HN1މަދަނީ އިޖުރާއަތުގެ ޤާނޫނު ގެ ދަށުން ފައިސާ ދެއްކުމަށް ކޮށްފައިވާ ޙުކުމް ތަންފީޛުކުރުމުގެ ބަޔަށް ބަލާއިރު، އެ ބައިގައި ބަޔާންކޮށްފައިވަނީ ޙުކުމް ތަންފީޛުކުރުމަށް އެ ޙުކުމުގައި ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި ދަރަނިވެރިޔާގެ އަމިއްލަ އިޚްތިޔާރުގައި ފުރިހަމައަށް ޙުކުމް ތަންފީޛުކޮށފައިނުވާނަމަ، ޙުކުމް ތަންފީޛުކުރުމަށް އެދިއަރަނިވެރިޔާގެ ފަރާތުން ކޯޓަށް ހުށަހަޅައިފިނަމަ، ޙުކުމް ތަންފީޛުކުރުމުގެ މަރުޙަލާ ކޯޓުން ކުރިއަށްގެންދަންވާނެއެވެ . އަދި ޙުކުމް ތަންފީޛުކުރަންޖެހެނީ ކޯޓުގެ އިޙްތިޞާޞް ހިނގާ ސަރަޙައްދުން ބޭރުގައިނަމަ، ޙުކުމް ތަންފީޛުކުރުމުގެ ގޮތުން ކުރަންޖެހޭ ކަންކަން ކުރުމަށް އެ ސަރަޙައްދެއްގެ ސަރަޙައްދީ އިޙްތިޞާޞް ލިބިފައިވާ ކޯޓަކާ ޙަވާލުކުރެވިދާނެކަމަށް މި ޤާނޫނުގެ 368 ވަނަ މާއްދާގެ (ޅ) ގައި ބަޔާންކޮށްފައިވެއެވެ.

12HN2ބުނެވުނު މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 368 ވަނަ މާއްދާގެ (ޅ) ގެ އިބާރާތް ވަރަށްވެސް ސާފެވެ. އެ މާއްދާގެ ދަށުން ޙުކުމް ތަންފީޛުކުރުމަށް ކޯޓަކަށް ހުށަހަޅާފައިވާ މައްސަލައިގެ ތެރެއިން ކުރަންޖެހޭ ވަކި ކަމެއް ކުރުމުގެ އިޙްތިޞާޞް ލިބިގެންވަނީ އެހެން ސަރަޙައްދީ ކޯޓަކަށް ކަމުގައިވަނީނަމަ ޙުކުމް ތަންފީޛުކުރުމުގެ ގޮތުން ކުރަންޖެހޭ ކަންކަން ކުރުމަށް އެ ސަރަޙައްދެއްގެ ސަރަޙައްދީ އިޙްތިޞާޞް ލިބިފައިވާ ކޯޓަކާ ޙަވާލުކުރެވިދާނެއެވެ.

13އަދި އެފަދައިން ޙަވާލުކުރެވިދާނެކަމަށް ބަޔާންކޮށްފައި އޮތް އޮތުމުގެ މަޤުޞަދަކީ، ޙުކުމް ތަންފީޛުކުރުމުގެ މަރުޙަލާގެ ދުވެލި އަވަސް ކުރުމުގެ ބޭނުމުގައި ކަމަށް ޤަބޫލުކުރެވެއެވެ. އެހެންކަމުން، ބުނެވުނު ފަދައިން ޙުކުމް ޤާނޫނު ނަންބަރު 32/2021 (މ ރައުޔުގައި މަދަނީ އިޖުރާއަތުގެ ޤާނޫނު ކަމަށް ބުނެފައިވަނީ މި ޤާނޫނަށެވެ) ޤާނޫނު ނަންބަރު 32/2021 މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 367 ވަނަ މާއްދާގެ (ހ) ތަންފީޛުކުރުމުގެ ގޮތުން ކުރަންޖެހޭ ކަންކަން ކުރުމަށް އެ ސަރަޙައްދެއްގެ ސަރަޙައްދީ އިޙްތިޞާޞް ލިބިފައިވާ ކޯޓަކާ ޙަވާލުކުރުމުގެ ބަދަލުގައި އެކަމެއް ކުރުމުގެ އިޙްތިޞާޞް ލިބިގެންވާ ކޯޓަށް އަލުން ހުށަހެޅުމަށް އެންގުމުން ނިކުމެދާނެ ނަތީޖާތަކަށް ބަލައިލާނަމެވެ.

14HN3އެގޮތުން އިސްތިއުނާފު ކުރެވިފައިވާ މައްސަލައަށް ބަލާއިރު، ޚުސޫމާތު އުފެދިގެން އުޅޭ އަސްލު މައްސަލައަކީ އެއްބަސްވުމާއިމެދ ޚިލާފު އުފެދިގެން ހުށަހެޅި މައްސަލައެކެވެ. އެ މައްސަލަ ނިމި އެ މައްސަލައިގައި މުޙައްމަދު ތުސީލ އަށް ލިބެންޖެހޭ ފައިސާ ނުލިބިގެން ޙުކުމް ތަންފީޛަށް ހުށަހަޅައި، ޙުކުމް ތަންފީޛު މައްސަލައިގެ ތެރެއިން މުޙައްމަދު ތުސީލް އަށް ލިބެންޖެހޭ ފައިސާ އެފަރާތަށް ލިބިދިނުމުގެ ގޮތުން އަޙްމަދު މުޢިއްޒުގެ ނަމުގައި "ގްލޯރީ" އެވެ ކިޔާ ގޯތީގެ ބައެއް ޤާނޫނީ ހަމަތަކުގެ މަތިން ވިއްކައިގެން ކުރިއަށްދިއުމަށް ނިންމުނެވެ. ނަމަވެސް މި ގޯއްޗަކީ ލ. މާވަށުގައި އޮންނަ ގޯއްޗެއްކަމުން، އެ ގޯއްޗާބެހޭ އިލްތިޒާމުތައް އަދާކުރުމުގެ އިޙްތޞާޞި ހައްދުންމަތީ ގަމު މެޖިސްޓްރޭޓް ކޯޓަކަށް ލިބިގެން ނުވެއެވެ. އެ އިޙްތިޞާޞް ލިބިގެންވަނީ ލ. މާވަށު މެޖިސްޓްރޭޓް ކޯޓަށެވެ.

15ހައްދުންމަތީ ގަމު މެޖިސްޓްރޭޓް ކޯޓުން ލ. މާވަށު މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅައގެނ ކުރިއަށް ގެންދިއުމަށި މުޙައްމަދު ތުސީލްއަށް އިރުޝާދު ދީ މައްސަލަ ނިންމާފައިވކަމާނ ދެން ދަރަނިވެރިޔާގެ މައްޗަށް ލާޒިމްވަނީ އެ ޙުކުމް ތަންފީޛުކުރުމުގެ އެ ބައި އައު މައްސަލައެއްގެ ގޮތުގައި ބެލުމަށް ލ. މާވަށު މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުމެވެ. އެފަދައިން ހުށަހެޅުމުން އެ މައްސަލައަކީ ލ. މާވަށު މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅޭ އައު މައްސަލައެއް ކަމަށް ބަލައި، ރެޖިސްޓްރީކޮށް، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ ދަށުން ކުރަންޖެހޭ އެންމެހައި އ ޖުރއަތުތައާ އެ ޤާނޫނުގައި ބަޔާންކޮށްފައިވާ ތަރުތީބުން ކުރަންޖެހޭނެއެވެ. ނަތީޖާއަކީ އަރަނިވެރިޔާ އުފުލަންޖެހޭ ބުރައާއި ޚަރަދު ބޮޑުވެ އިންސާފު ލިބުން ލަސްވެގެން ދިއުމެވެ. މިއީ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 368 ވަނަ މާއްދާގެ (ޅ) ގެ މަޤުޞަދެއް ނޫނެވެ. އެހެނީ ބުނެވުނު މާއްދާގެ ދަށުން ޙުކުމް ތަންފީޛުކުރުމުގެ މަރުޙަލާ އަވަހަށް ނިންމޭނެ މަގު ދައްކުވައިދީފައިވަނިކޮށް، އަލުން އައު މައްސަލައެއްގެ ގޮތުގައި ސަރަޙައްދީ އިޙްތިޞާޞް ލިބިގެންވާ ކޯޓަކަށް ހުށަހަޅައިގެން ކުރިއަށް ގެންދިއުމަށް މުޙައްމަދު ތުސީލްއަށް އިރުޝާދު ދީފައިވަނީ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 368 ވަނަ މާއްދާގެ (ޅ) ގެ މަޤުޞަދާ ޚިލާފަށް ކަމުގައި ދެކެމެވެ.

ނިންމަން ފެންނަ ގޮތް

16އެހެންކަމުން، ބުނެވުނު ކަންކަން އެގޮތުގެ މަތިން ހުރުމުން، ހައްދުންމަތީ ގަމު މޖިސްޓްރޭޓެ ކޯޓުގެ ނިންމުމުގައި "ގްލޯރީ" އެވެ ކިޔާ ގޯއްޗަކީ ލ. މާވަށުގައި އޮންނަ ގޯއްޗެއްކަމަށްވާތީ، ސަރަޙައްދީ އިޙްތިޞާޞީ ގޮތުން އެ ގޯތި ވިއްކާލުމުގެ ފުރިހަމަ ބާރު ލިބިގެންވަނީ ލ. މާވަށު މެޖިސްޓްރޭޓް ކޯޓުގައިވުމާއެކު، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 371 ވަނަ މާއްދާގައި ބަޔާންކުރާ ދަރަނިވެރިޔާގެ އަސާސީ ޟަރޫރަތްތަކަށް ބޭނުންވާ ފައިސާގެ މިންވަރު ނުހިފެހެއްޓުމަށ އޮންން އޮތުމަށް ޤިޔާސްކޮށް، ދަރަނިވެރިޔާގެ ބޯހިޔާވަހިކަމުގެ ޙައްޤުގެ މިންވަރުގެ ތެރެއިން، އެ ޙައްޤުގެ އެންމެ ކުޑަ މިންވަރު ހިފެހެއްޓޭގޮތަށ ބެލުމަށް އަމުރުކޮށް، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 368 ވަނަ މާއްދާގެ (ޅ)ގައިވާ ގޮތުގެ މަތިން އެ މައްސަލަ ލ. މާވަށު މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅައިގެން ކުރިއަށް ގެންދިއުމަށް އަރަނިވެރިޔާ މުޙައްމަދު ތުސީލަށް އިރުޝާދުދީ" ނިންމާފައިވާ ބައި ބާޠިލްކޮށް، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 368 ވަނަ މާއްދާގެ (ޅ) ގައި ބުނާގޮތަށް ޙުކުމް ތަންފީޛުކުރުމުގެ ގޮތުން ކުރަންޖެހޭ ކަންކަން ކުރުމަށް އެ ސަރަޙައްދެއްގެ ސަރަޙައްދީ އިޙްތިޞާޞް ލިބިފައިވާ ކޯޓަކާ ޙަވާލުކޮށްގެން ކރިއަށު ގެންދިއުމަށް ހައްދުންމަތީ ގަމު މެޖިސްޓްރޭޓް ކޯޓަށް މި މައްސަލަ ތަޙުވީލުކުރަން ފެނެއެވެ.

ފަނޑިޔާރު ޙުސައިން މަޒީދގު ރައުޔު

17މި މައްސަލައިގައި ފަނޑިޔާރު މުޙައްމަދު ފައިޞަލްގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ފަނޑިޔާރު މުޙައްމަދު ޝަނީޒް ޢަބްދުﷲ ގެ ރައުޔު

18މި މައްސަލައިގައި ފަނޑިޔާރު މުޙައްމަދު ފައިޞަލްގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

އިސްތިއުނާފުކުރުމުގެ އިޖުރާއަތު ބަޔާންކޮށްދިނުން

19މި ޤަޟިއްޔާގައި ދިވެހިރާއްޖޭގެ ހައިކޯޓުން ޙުކުމް ކުރުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ ޙައްޤު މައްސަލައިގެ ޚަސްމުންނަށް ލިބިގެންވެއެވެ. އެގޮތުން އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ މުއްދަތަކީ ދިވެހިރާއްޖޭގެ ހައިކޯޓުން މި ޤަޟިއްޔާގައި ޙުކުމް ކުރާ ތާރީޚުން ފެށިގެން 30 (ތިރީސް) ދުވަހެވެ. އަދި އެ މުއްދަތުގެ ތެރޭގައި ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓު ޚަޞްމުންނަށް ޙަވާލުކޮށްފައިނުވާނަމަ، އިސްތިއުނާފުކުރުމުގެ މުއްދަތު ގުނަން ފަށާނެ ތާރީޚަކީ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓު ޚަސްމުންނ ޙަވާލުކުރާ ތާރީޚެވެ. އެހެންނަމަވެސް ޝަރީޢަތް ނިމުނުގޮތުގެ ޚުލާސާއަށް ބިނާކޮށްވެސް އިސްތިއުނާފަށް ހުށަހެޅިދާނެއެވެ. /. ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ހ) . ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ށ) . ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ނ)

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

  • ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 367 ވަނަ މާއްދާގެ (ހ)
  • ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 368 ވަނަ މާއްދާގެ (ޅ)
  • ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ހ)، (ށ)، (ނ) (އިސްތިއުނާފުގެ އިޖުރާއަތު)

ޝަރީޢަތުގެ ވީޑިއޯ

ހައިކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޝެއަރ ކުރައްވާ