ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
2021/HC-A/81

މުޙައްމަދު އަނީސް ވ. ފާޠިމަތު ފަރީދާ އަދި އިތުރު ފަރާތްތައް

ތަންފީޛުކުރަން އުޅުނު ޙުކުމް ސުޕްރީމް ކޯޓުން ބަދަލުކުރުމުން…
ސުޕްރީމް ކޯޓަށް އިސްތިއުނާފުކޮށްފައި ނުވޭ · ރަޖިސްޓްރީ ބެލީ 15 އޮކްޓޫބަރު 2026ޙުކުމުގެ ހާލަތު
ހައިކޯޓު · 21 ނޮވެމްބަރު 2023ދަށު ކޯޓު: ސިވިލް ކޯޓު 1552/Cv-C/2015ބާވަތް: މަދަނީ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
ސިވިލް ކޯޓު 1552/Cv-C/2015
ފަހުގެ ތާރީޚު
ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް

ކޯ ޓާމްސް

ޚުލާޞާ

ކޯޓުން ނިންމަން ޖެހުނު ސުވާލު
ސުޕްރީމް ކޯޓުގެ 2012/SC-A/30 ޙުކުމް ތަންފީޛުކުރުމުގެ މައްސަލަ ކުރިއަށް ގެންދެވެން ނެތްކަމަށް ސިވިލް ކޯޓުން ނިންމި ނިންމުން ޞައްޙަތޯ؛ އަދި އެ ޙުކުމް ސުޕްރީމް ކޯޓުން އަލުން މުރާޖަޢާކޮށް ބަދަލުކުރުމަށްފަހު، މި އިސްތިއުނާފުގައި ހައިކޯޓުން ގޮތެއް ކަނޑައަޅަންޖެހޭތޯ.

ނިންމުން

ތަންފީޛުކުރަން އުޅުނު ޙުކުމް ސުޕްރީމް ކޯޓުން ބަދަލުކުރުމުން…

ތަންފީޛުކުރަން އުޅުނު ޙުކުމް ސުޕްރީމް ކޯޓުން ބަދަލުކުރުމުން މައްސަލައިގެ އަސާސް ނެތިގޮސްފައިވާތީ ގޮތެއް ކަނޑައަޅަންނުޖެހޭ

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

HN1 ސުޕްރީމް ކޯޓުގެ ޙުކުމެއް ތަންފީޛުކުރުމުގެ ގޮތުން ދަށުކޯޓުން ބެލި މައްސަލައެއް އިސްތިއުނާފުކޮށްފައިވަނިކޮށް، ތަންފީޛުކުރަން އުޅުނު އެ ޙުކުމް ސުޕްރީމް ކޯޓުން އަލުން މުރާޖަޢާކޮށް ބަދަލުކޮށްފިނަމަ، އިސްތިއުނާފުކުރެވިފައިވާ މައްސަލައިގެ އަސާސް ނެތިގޮސްފައިވާތީ، އެ މައްސަލައަކީ ހައިކޯޓުން ގޮތެއް ކަނޑައަޅަންޖެހޭ މައްސަލައެއް ނޫނެވެ.

ވަކީލުންނާއި ފަނޑިޔާރުން

ވަކީލުން
މަރްޔަމް ނިހާޔަތު، ޢާއިޝަތު ފަޒްނާ އަޙްމަދު
ބަދަލުގައި ހާޒިރުވި ފަރާތް
ޢަބްދު ﷲ ޢަލީ، ޢަބްދުﷲ ސިޔާޒް
ބެންޗު
މުޙައްމަދު ފައިޞަލް، މުޙައްމަދު ނިޔާޒް، ފާޠިމަތު ފަރްހީޒާ
ރިޔާސަތު
—
ރައުޔު ލިޔުނު ފަނޑިޔާރު
މުޙައްމަދު ފައިޞަލް · ތާއީދުކުރެއްވީ: މުޙައްމަދު ނިޔާޒް، ފާޠިމަތު ފަރްހީޒާ
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.

1އަޙްމަދު ޝިޔާމް، މާލީ

5އާމިނަތު އަޝްފާ، މާލީ

6މަރްޔަމް ޝިފާ، މާލީ

3ޢަލީ ޝިޔާމް، މާލީ 0 ޙަސަން ޝިޔާމް، މާލީ  މައްސަލައިގެ ބާވަތް: ޙުކުމް ތަންފީޛުކުރުން މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް: ފަނޑިޔާރު މުޙައްމަދު ފައިޞަލް ފަނޑިޔާރު މުޙައްމަދު ނިޔާޒް ފަނޑިޔާރު ފާޠިމަތު ފަރްހީޒާ 26 ޖުމާދަލްއޫލ 3115 ނިމުނު ތާރީޚް: 33 ނޮވެންބަރު 3232 25 ޝަޢުބާން 3113 ހައިކޯޓުގައި ޤަޟިއްޔާ ރަޖިސްޓްރީ ކުރެވުނު ތާރީޚް: 30 މާރިޗު 3233 އިސްތިއުނާފުކުރެވުނު މައްސަލަ:  ނަންބަރު: 1552/Cv-C/2015  ނިންމި ތަން: ސިވިލް ކޯޓް  ބާވަތް: ޙުކުމް ތަންފީޛުކުރުން  ހުށަހެޅުނު ތާރީޚް: 33 ސެޕްޓެންބަރު 3235  ނިމުނު ތާރީޚް: 33 ފެބުރުވަރީ 3236 އިސްތިއުނާފުކުރި ފަރާތް އިސްތިއުނާފު ރައްދުވާ ފަރާތް މުޙައްމަދު އަނީސަ / ދަފްތަރު ނަންބަރު ރސ 1022، މާލެ 3. ފާޠިމަތު ފަރީދާ، މާލެ ވަކީލު: އޛއ. މަރްޔަމް ނިހާޔަތު 3. މުޙައްމަދު ޝަވީދު، މާލެ ވަކީލު: އޛއ. ޢާއިޝަތު ފަޒްނާ އަޙްމަދު 2. ޚައުލަތު ފަހީމް / […]، ސ.މަރަދޫފޭދޫ

1. އަޙްމަދު ޝިޔާމް، މާލެ

5އާމިނަތު އަޝްފާ، މާލެ

6މަރްޔަމް ޝިފާ، މާލެ

3. ޢަލީ ޝިޔާމް، މާލެ

0. ޙަސަން ޝިޔާމް، މާލެ ބަދަލު: އޛ. ޢަބްދު ﷲ ޢަލީ އޛ. ޢަބްދުﷲ ސިޔާޒް މަދަނީ– ޙުކުމް ތަންފީޒުކުރުން  ފަނޑިޔާރު މުޙައްމަދު ފައިޞަލްގެ ރައުޔު: މައްސަލައިގެ ތަޢާރަފު:

3. ސިވިލް ކޯޓުގެ ނަންބަރު 1552/Cv-C/2015 ޤަޟިއްޔާ އިސްތިއުނާފުކުރުމުގެ ހުއްދައަކަށް އެދި ދަފްތަރު ނަންބަރު ރސ 1022، މުޙައްމަދު އަނީސް ގެ ފަރާތުން ހުށަހެޅިއެވެ. ނަމަވެސް ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމީ އިސްތިއުނާފު ކުރުމުގެ ހުއްދަ ނުދިނުމަށެވެ.

3. އިސްތިއުނާފު ކުރުމުގެ ހުއްދަ ނުދިނުމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވާ ނިންމުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މުޙައްމަދު އަނީސް އިސްތިއުނާފުކުރިއެވެ. ސުޕްރީމް ކޯޓުން އެކޯޓުގެ ނަންބަރު 2016/SC-L/47 "އިސްތިއުނާފ ކުރުމުގު ހުއްދައާމެދު ފަނޑިޔާރުންގެ ނިންމުން މުރާޖަޢާކޮށް ނިމުނުގޮތް" އިން އެއީ އިސްތިއުނާފު ކުރުމުގެ ހުއްދަ ދޭންޖެހޭ މައްސަލައެއްކަމަށް ކަނޑައެޅުމުން އަލުން ސިވިލް ކޯޓުގެ ނަންބަރު 1552/Cv-C/2015 ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ. މިއީ އެގޮތުން ބެލޭ މައްސަލައެކެވެ.

2. މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތްތަކަކީ […] ފާޠިމަތު ފަރީދާ އާއި […] 5 4 3 މުޙައްމަދު ޝަވީދު އާއި، ސ. މަރަދޫފޭދޫ، […] ޚައުލަތު ފަހީމް އާއި، […] އަޙްމަދު ޝިޔާމް 8 7 6 އާއި، […] އާމިނަތު އަޝްފާ އާއި […] މަރްޔަމް ޝިފާ އާއި […] ޢަލީ ޝިޔާމް އާއި […] ޙަސަން ޝިޔާމް އެވެ.

ކަންހިނގާފައިވާ ގޮތް

1. ސުޕްރީމް ކޯޓުގެ ނަންބަރު 2012/SC-A/30 ޤަޟިއްޔާގެ ޙުކުމާއި އެއްގޮތަށް […] ފާޠިމަތު ފަރީދާ އާއި […] މުޙައްމަދު ޝަވީދުއާއި، ސ. މަރަދޫފޭދޫ، […] ޚައުލަތު ފަހީމް އާއި، […] އަޙްމަދު ޝިޔާމް އާއި، […] އާމިނަތު އަޝްފާއާއި […] މަރްޔަމް ޝިފާ އާއި […] ޢަލީ ޝިޔާމް އާއި […] ޙަސަން ޝިޔާމް ޢަމަލުކޮށްފައިނުވާތީ، އެ ޤަޟިއްޔާގެ ޙުކުމް ތަންފީޛުކުރުމުގެ ގޮތުން ސިވިލް ކޯޓުން އިސްނަގައިގެން ބެލުނެވެ. އަދި ބެލިބެލުމުން ސުޕްރީމް ކޯޓުގެ ނަންބަރު 2012/SC-A/30 ޤަ ޟިއްޔާގައި ބުނެފައިވާ ރަޖިސްޓްރީ ނަންބަރު 04 10T-01AP50 "ބެއްލަންވިލާ" އެވެ ކިޔާ ދޯނި މިހާރު އޮތީ އެ ޙުކުމް ކުރެވުނުއިރު އޮތް ހާލަތުގައި ނޫންކަން، ދަޢުވާލިބޭ ފަރާތްތަކުން ޝަރީޢަތަށް ހުށަހެޅި ލިޔެކިޔުންތަކުން އެނގެން އޮވެ، މިހާރު އެ ދޯނި އޮތް ހާލަތުގައި އެ ދޯނި ބަލައިގަންނަން އިންކާކުރކަމަށާ މުޙައްމަދް އަނީސް ބުނެފައިވާތީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2012/SC-A/30 ޙުކުމް ތަންފީޛުކުރުމުގެ މައްސަލަ ކުރިއަށް ގެންދެވެން ނެތްކަމަށް ކަނޑައަޅައި ސިވިލް ކޯޓުގެ ނަންބަރު 1552/Cv-C/2015 ޤަޟިއްޔާއިން ޙުކުމްކުރިއެވެ. އިސްތިއުނާފު ކުރެވިފައިވާ މައްސަލއަކަ ބުނެވުނު ސިވިލް ކޯޓުގެ ޤަޟިއްޔާއެވެ. އައިޑީކާޑު ނަންބަރު […] އިސްތިއުނާފީ ނުކުތާތައް

5. ސިވިލް ކޯޓުގެ ނަންބަރު 1552/Cv-C/2015 ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ އެ ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް އެދި މުޙައްމަދު އަނީސްގެ ފަރާތުން އަންނަނިވި ނުކުތާތައް ހުށަހަޅާ އެނުކުތާތަކާ ބެހޭ ގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. އެގޮތުން ހުށަހަޅާފައިވާ ނުކުތާތަކަކީ؛

5.3- ރަޖިސްޓްރީ ނަންބަރު T-04 10-P5001A ބެއްލަންވިލާ ދޯނި 22 ދުވަހުގެ (23/7/2015 އިން ފެށިގެން) ތެރޭގައި މުޙައްމަދު އަނީސް އާއި ޙަވާލުކުރުމަށް ދަޢުވާލިބޭ ފަރާތްތަކުގެ މައްޗަށް ސުޕްރީމް ކޯޓުގެ ނަންބަރު 2012/SC-A/30 ޤަޟިއްޔާއި ނ ޙުކުމް ކޮށްފައިވީނަމަވެސް، އެ ޙުކުމާއި އެއްގޮތަށް އެދޯނި ޙަވާލު ކޮށްފައިނުވާކަމަށް ބުނެ ހުށަހެޅި ނުކުތާ؛

5.3- ދިވެ ހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2012/SC-A/30 ޤަޟިއްޔާ ޙުކުމުގައި ބުނެފައިވާ ދޯނި (ރަޖިސްޓްރީ ނަންބަރު T-04 10-P5001A ބެއްލަންވިލާ ) ކ. އެރިޔަދޫ އައިލެންޑް ރިސޯޓުގައި މިހާރު ނެތްކަމަށް ދަޢުވާލިބޭ ފަރާތްތަކުން އެއްބަސްވެ ޝަރީޢަތުގައި އެގޮތަށް ބަޔާންދީފައިވާއިރު، އެކަމަށް ޤާޟީ ރިޢާޔަތް ކުރައްވާފައި ނުވާކަމަށް ބުނެ ހުށަހެޅި ނުކުތާ؛

5.2- މިއީ ޙުކުމް ތަންފީޛު ކުރެވޭ މައްސަލައެއްކަމަށްވެފައި، ދަޢުވާލިބޭ ފަރާތްތަކުން އަމަލުކުރަންވީ ގޮތެއް ޝަރީޢަތުން އަންގަވާދެއްވުމަށް އެދިފައިވީނަމަވެސް، ޤާޟީ އެކަމަށް ރިޢާޔަތް ނުކުރައްވައި މި މައްސަލައިގެ ޙުކުމް ތަންފީޛު ކުރެވެން ނެތްކަމަށް ނިންމި ނިންމުމެއް ކަމަށް ބުނެ ހުށަހެޅި ނުކުތާ؛

5.1- ޢަދުލުވެރިކަމާއި އެކު ޝަރީޢަތްކުރުމަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 13 ވަނަ މާއްދާގައި ބުނެފައިވީނަމަވެސް، ޤާޟީ އެކަމަށް އެއްވެސް މިންވަރަކަށް ބަލާފައިނުވާކަމަށް ބުނެ ހުށަހެޅި ނުކުތާ؛

5.5- މީސްމީހުންގެ މުދަލަކީ ނިގުޅައިގަނެގެންވާނޭ ތަކެއްޗެއްނޫންކަން ޤާނޫނުއަސާސީގެ 12 ވަނަ މާއްދާގެ (ށ) ގައި ބުނެފައިވީނަމަވެސް، އެ ކަމަށް ޤާޟީ ރިޢާޔަތް ކުރައްވާފައި ނުވާކަމަށް ބުނެ ހުށަހެޅި ނުކުތާ؛

5.6- މުޙައްމަދު އަނީސް ޙަވާލުވަނީ ކ. އެރިޔަދޫ އައިލެންޑް ރިސޯޓުގައި އޮތް "ބެއްލަންވިލާ" ދޯންޏާއިކަމަށް ސިވިލް ކޯޓަށް ފޮނުވި ސިޓީގައި ބުނެފައިވާއިރު، ދަޢުވާލިބޭ ފަރާތްތަކުން ހަވާލުކުރަން އުޅުނު ދޯނި މުޙައްމަދު އަނީސް ހަވާލުނުވިކަމަށް ޤާޟީގެ ޙުކުމުގައި ބަޔާންކޮށްފައިވަނީ ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ

(ށ) އާއި ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.

ޝަރީޢަތަށް ފާހަގަކުރެވުނު ކަންކަން

6. އިސްތިއުނާފު ކުރެވިފައި މިވާ ސިވިލް ކޯޓުގެ ނަންބަރު 1552/Cv-C/2015 ޤަޟިއްޔާއަކީ ސުޕްރީމް ކޯޓުގެ ނަންބަރު 2012/SC-A/30 ޤަޟިއްޔާގެ ޙުކުމް ތަންފީޒުކުރުމުގެ ގޮތުން ބެލުނު މައްސަލައެކެވެ. ނަމަވެސް ސިވިލް ކޯޓުގެ ނަންބަރު 1552/Cv-C/2015 ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވަނިކޮށް، ސުޕްރީމް ކޯޓުގެ ނަންބަރު 2012/SC-A/30 ޤަޟިއްޔާ މުރާޖަޢާކޮށްދިނުމަށް މުޙައްމަދު އަނީސްގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ އެކޯޓުން މިހާރު ވަނީ ނިންމާފައެވެ.

3. ސުޕްރީމް ކޯޓުގެ ނަންބަރު 2012/SC-A/30 ޤަޟިއްޔާ އަލުން ބަލައި ގޮތެއް ކަނޑައަޅާފައިވަނީ އެކޯޓުގެ ނަންބަރު 2021/SC-F/02 ޤަޟިއްޔާއިންނެވެ. ސުޕްރީމް ކޯޓުގެ ނަންބަރު 2012/SC-A/30 ޤަޟިއްޔާ އާއި އެ ޤަޟިއްޔާ އަލުން މުރާޖަޢާކޮށް ނިންމި ނިންމނު ތަފާތުވުން.

0. ސުޕްރީމް ކޯޓުގެ ނަންބަރު 2012/SC-A/30 ޤަޟިއްޔާގެ ޙުކުމުން 1 ކަމެއް ކަނޑައަޅާފައިވެއެވެ. އެއީ؛

0.3- މަދަނީ ކޯޓުގެ ނަންބަރު 352/MC/2008 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2009/HC-A/319 ޤަޟިއްޔާގައި ކުރަ އްވާފައިވާ ޙުކުމް ބާޠިލް ކަމަށާއި،

0.3- މަދަނީ ކޯޓުގެ ނަންބަރު 352/MC/2008 ޤަޟިއްޔާގެ ދަޢުވާގައި މުޙައްމަދު އަނީސް އެދިފައިވާ ގޮތުގެ މަތިން ރަޖިސްޓްރީ ނަންބަރު 10T 02-A P5002 "އޭ އޭ އޭ 32" ލޯންޗުގެ ކުލީގެ ގޮތުގައި ދަޢުވާކޮށްފައިވާ ފައިސާއާއި އެ އުޅަނދު، މަދަނީ ކޯޓުގެ ނަންބަރު 352/MC/2008 ޤަޟިއްޔާގައި ދަޢުވާލިބޭ ފަރާތްތަކުގެ ނުރުހުމުގައި ޝަރީޢަތުގެ ފަރާތުން މުޙައްމަދު އަނީސްއަށް ލިބިދިނުމަށް އަންގާނެ ތަނެއެ ނެތްކަމަށާއި،

0.2- މަދަނީ ކޯޓުގެ ނަންބަރު 352/MC/2008 ޤަޟިއްޔާގެ ދަޢުވާގައި ބުނާ ރަޖިސްޓްރީ ނަންބަރު -P5001A 04 10T "ބެއްލަންވިލާ" އެވެ ކިޔާ ދޯނި ކުލީގެ ގޮތުގައި ދަޢުވާކޮށްފައިވާ އެއްވެސް ފައިސާއެއް ނުވަތަ އުޅަނދަށް މިސްލީ ކުއްޔެއް ކަނޑައަޅައިގެން އެފަދަ މިސްލީ ކުއްޔެއް ވިޔަސް މުޙައްމަދު އަނީސް އަށް ލިބިދިނުމަށް އަންގާނެ ތަނެއް ނެތްކަމަށާއި،

0.1- ރަޖިސްޓްރީ ނަންބަރު 04 10T-P5001A "ބެއްލަންވިލާ" އެވެ ކިޔާ ދޯނި އެއިރު އޮތް ހާލަތުގައި 32 ޖޫން 3235 އިން ފެށިގެން 22 (ތިރީސް) ދުވަސްތެރޭގައި މުޙައްމަދު އަނީސްއާ ޙަވާލުކުރުމަށް އަންގައެވެ.

3. ސުޕްރީމް ކޯޓުގެ ނަންބަރު 2012/SC-A/30 ޤަޟިއްޔާ އަލުން މުރާޖަޢާކޮށް އެކޯޓުގެ ނަންބަރު 2021/SC-F/02 ނިންމުން އިން އަންނަވި ގޮތަށް ކުރީގެ ޙުކުމަށް ބަދަލު ގެނެސްފައިވެއެވެ.

3.3- މުޙައްމަދު އަނީސްގެ ނަމުގައި ރަޖިސްޓްރީ ކުރެވިފައިވާ ރަޖިސްޓްރީ ނަންބަރު P5002A-02-10-T ލޯންޗަކީ މުޙައްމަދު އަނީސްގެ މިލްކެއް ނޫންކަމުގައި ސުޕްރީމް ކޯޓުގެ ނަންބަރު 2012/SC-A/30 ޤަޟިއްޔާގައި ނިންމާފައިވާ ބައި ބާޠިލްކުރުމަށްފަހު، އެ ލޯންޗަކީ މުޙައްމަދު އަނީސްގެ އުޅަނދެއްކަމުގައި ކަނޑައަޅާކަމަށާއި؛

3.3- ސުޕްރީމް ކޯޓުގެ ނަންބަރު 2012/SC-A/30 ޤަޟިއްޔާ ގައި، މުޙައްމަދު އަނީސްގެ ނަމުގައި ރަޖިސްޓްރީ ކުރެވިފައިވާ ރަޖިސްޓްރީ ނަންބަރު T-10-04-P5001A ދޯންޏަށް މިސްލީ ކުއްޔެއް ކަނޑައަޅާނެ ތަނެއްނެތްކަމަށް ނިންމާފައިވާ ބައި ބާޠިލްކޮށް، މުޙައްމަދު އަނީސްގެ ނަމުގައި ރަޖިސްޓްރީވެފައިވާ ރަޖިސްޓްރީ ނަންބަރު T-10-02-P5002A ލޯންޗާއި، ރަޖިސްޓްރީ ނަންބަރު T-10-04-P5001A ދޯންޏަކީ މުޙައްމަދު އަނީސް ކުއްޔަށް ދީފައިވާ ދެ އުޅަނދު ކަމުގައްޔާއި، އެ ދެ އުޅަނދަށް މސްލި ކުއްޔެއްގ ގޮތުގައެ މަދަނީ ކޯޓުގެ ނަންބަރު 352/MC/2008 ޤަޟިއްޔާއާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު /319A-2009/HC ޤަޟިއްޔާގައި ކަނޑައަޅާފައިވާ މިސްލީ ކުއްޔަކީ ޤާނޫނާ އެއްގޮތަށް ކަނޑައަޅާފައިވާ ކުއްޔެއް ކަމަށާއި،

3.2- މުޙައްމަދު އަނީސްގެ ނަމުގައި ރަޖިސްޓްރީ ކުރެވިފައިވާ ދެ އުޅަނދު (ރަޖިސްޓްރީވެފައިވާ ރަޖިސްޓްރީ ނަންބަރު T-10-02-P5002A ލޯންޗާއި، ރަޖިސްޓްރީ ނަންބަރު T-10-04-1AP500 ދޯނި) މުޙައްމަދު އަނީސްއާއި ޙަވާލުކުރުމަކީ، މަދަނީ ކޯޓުގެ ނަންބަރު 352/MC/2008 ޤަޟިއްޔާގެ ޙުކުމް ތަންފީޒުކުރުމުގެ ތެރެއިން ކުރިއަށް ގެންދެވިދާނެ މައްސަލައެއްކަމަށް ކަމަށެވެ.

32އިސްތިއުނާފު ކުރެވިފައިވާ މައްސަލައަކީ ސުޕްރީމް ކޯޓުގެ ނަންބަރު 2012/SC-A/30 ޤަޟިއްޔާގެ ޙުކުމާ އެއްގޮތަށް ތަންފީޛުކުރުމުގެ ގޮތުން ސިވިލް ކޯޓުގެ އިސްނަގުމުގެމަތިނ ބެލުން ޤަޟިއްޔާއަކަށްވެފައި، ސުޕްރީމް ކޯޓުގެ ނަންބަރު 2012/SC-A/30 ޤަޟިއްޔާގެ ޙުކުމަށް މިހާރު ބަދަލުއައިސްފައިވުމުން، އިސްތިއުނާފު ކުރެވިފައިވާ މައްސަލައިގެ އަސާސް މިހާރު ވަނީ ނެތިގޮސްފައެވެ.

33އެހެންކަމުން މި މައްސަލަ އަކީ މިހިނދުގައި މިކޯޓުން ގޮތެއް ކަނޑައަޅަންޖެހޭ މައްސަލައެއްކަމުގައި އަހުރެން ނުދެކެމެވެ.

ފަނޑިޔާރު މުޙައްމަދު ނިޔާޒް ރައުޔު

33. މި މައްސަލައިގައި ފަނޑިޔާރު މުޙައްމަދު ފައިޞަލްގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.

ފަނޑިޔާރު ފާޠިމަތު ފަރްހީޒާގެ ރައުޔު

32. މި މައްސަލައިގައި ފަނޑިޔާރު މުޙައްމަދު ފައިޞަލްގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.

އިސްތިއުނާފުކުރުމުގެ އިޖުރާއަތު ބަޔާންކޮށްދިނުން

41މި ޤަ ޟިއްޔާގައި ދިވެހިރާއްޖޭގެ ހައިކޯޓުން ޙުކުމް ކުރުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ޤަޟިއްޔާ އިސްތިއުނާފުކުރުމށަ ހުށަހެޅުމުގެ ޙައްޤު މައްސަލައިގެ ޚަސްމުންނަށް ލިބިގެންވެއެވެ. އެގޮތުން އިސްތިއުނާފުކުރުމށް ހުށަހެޅުމުގަ މުއްދަތަކީ ދިވެހިރާއްޖޭގެ ހައިކޯޓުން މި ޤަޟިއްޔާގައި ޙުކުމް ކުރާ ތާރީޚުން ފެށިގެން 22 (ތިރީސް) ދުވަހެވެ.10އަދި އެ މުއްދަތުގެ ތެރޭގައި ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓު ޚޞަ މުންނަށް ޙަވާލުކޮށްފައިނުވާނަމަ، އިސްތިއުނާފުކުރުމުގެ މުއްދަތު ގުނަން ފަށާނެ ތާރީޚަކީ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓު ޚަސްމުންނ ޙަވާލުކުރާ ތާރީޚެވެ.11 އެހެންނަމަވެސް ޝަރީޢަތް ނިމުނުގޮތުގެ ޚުލާސާއަށް ބިނާކޮށްވެސް އިސްތިއުނާފަށް ހުށަހެޅިދާނެއެވެ.12 /. ޤާނޫނު ނަންބަރު 3233/23 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 301 ވަނަ މާއްދާގެ (ހ) . ޤާނޫނު ނަންބަރު 3233/23 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 301 ވަނަ މާއްދާގެ (ށ) . ޤާނޫނު ނަންބަރު 3233/23 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 301 ވަނަ މާއްދާގެ (ނ)

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

ޝަރީޢަތުގެ ވީޑިއޯ

ހައިކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޝެއަރ ކުރައްވާ