ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
2020/HC-A/78

އަތަމާ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް އަދި 3 ފަރާތެއް ވ. ސްޓޭޓް ބޭންކް އޮފް އިންޑިޔާ އަދި 3 ފަރާތެއް

ދަށުކޯޓުގެ ނިންމުން ބާޠިލު
ސުޕްރީމް ކޯޓުން ދަމަހައްޓާފައިޙުކުމުގެ ހާލަތު
ހައިކޯޓު · 31 އޮގަސްޓް 2023ދަށު ކޯޓު: ސިވިލް ކޯޓު B5-CR-3/RVH/2019/04ބާވަތް: މަދަނީ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
ސިވިލް ކޯޓު B5-CR-3/RVH/2019/04
ފަހުގެ ތާރީޚު
ސުޕްރީމް ކޯޓު: 2021/SC-A/48 — ހައިކޯޓުގެ ޙުކުމް ދަމަހައްޓާފައި

ކޯ ޓާމްސް

ޚުލާޞާ

ކޯޓުން ނިންމަން ޖެހުނު ސުވާލު
ދަރަނި ސާބިތުވި ޙުކުމުގައި ވަކި ތާރީޚުތަކެއްގެ ނިޔަލަށް ހިސާބުކޮށްފައިވާ އިންޓްރެސްޓާއި ޖޫރިމަނާ، ތަންފީޛު ނިމެންދެން އަރަމުންދާގޮތަށް ތަންފީޛީ މަރުޙަލާގައި (ރަހުނު ވިއްކާލުމުގެ ހުއްދައިން) ކަނޑައެޅުމަކީ ދަރަނި ސާބިތުވި ޙުކުމަށް ބަދަލު ގެނައުމެއްތޯ؛ އަދި މުއްދަތު ހަމަވެފައިވާ ހުއްދައެއްގެ އިސްތިއުނާފު ބެލޭނެތޯ.

ނިންމުން

ދަށުކޯޓުގެ ނިންމުން ބާޠިލު

ދަށުކޯޓުގެ ނިންމުން (ރަހުނު ވިއްކާލުމުގެ ހުއްދަ) ބާޠިލު، ތަންފީޛީ ޤަޟިއްޔާގެ ތެރެއިން އައު އަމުރެއް ނެރުމަށް ސިވިލް ކޯޓަށް ފޮނުވި

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

HN1 އިސްތިއުނާފުކުރެވުނު ތަންފީޛީ ހުއްދައެއްގެ މުއްދަތު ހަމަވެފައިވީ ނަމަވެސް، އެ ހުއްދަ ނެރެފައިވަނީ ޙުކުމް ތަންފީޛުކުރުމުގެ ހަމަތަކާ ޚިލާފަށްކަމަށް ބުނެ އިސްތިއުނާފުކޮށްފައިވާނަމަ، އައު ހުއްދައެއް ނެރުނު ކަމުގައި ވީނަމަވެސް، އިސްތިއުނާފުކުރެވުނު ހުއްދައަށް ޝަރީޢަތުން ގޮތެއް ކަނޑައަޅަންޖެހޭނެއެވެ.

HN2 ޙުކުމް ތަންފީޛުކުރުމުގެ މައްސަލަތަކުގައި ޝަރީޢަތުގެ ކުރިމައްޗަށް ހުށަހެޅޭނީ ތަންފީޛުކުރަން އެދޭ ޙުކުމް ތަންފީޛުކުރުމާ ގުޅޭ ކަންތައް އެކަނި ކަމުން، ތަންފީޛުކުރަން އެދޭ މައްސަލައިގެ މައުޟޫޢު އަލުން ހުޅުވައި ބެލުމެއް ނޯންނާނެއެވެ (ސުޕްރީމް ކޯޓު 2019/SC-A/07).

HN3 ދަރަނި ސާބިތުވި ޙުކުމް މަތީ މަރުޙަލާގެ ކޯޓަކުން ބަދަލުނުކުރާހާ ހިނދަކު، ތަންފީޛީ ޤަޟިއްޔާގައި އެ ދަރަންޏާމެދު މައުޟޫޢީ ގޮތުން ވާހަކަދައްކައި އެ ޙުކުމަށް ބަދަލުގެނައުމަކީ ސާބިތު ދަރަނީގެ މައްސަލަތައް ބަލައި ހިންގުމުގެ އުޞޫލުތަކާއި އިޖުރާއަތުތަކާ ޚިލާފު ކަމެކެވެ؛ ތަންފީޛީ މައްސަލައެއްގައި ފަނޑިޔާރުގެ ހަމައެކަނި ދައުރަކީ ސާބިތުވެފައިވާ ދަރަނި ނުވަތަ އިލްތިޒާމްތައް އަދާކޮށްފައިވޭތޯ ބެލުމާއި، އަދާކޮށްފައިނުވާނަމަ ތަންފީޛުކުރުމުގެ ގަވާއިދާ އެއްގޮތަށް ފިޔަވަޅު އެޅުމެވެ (ސުޕްރީމް ކޯޓު 2019/SC-A/32).

HN4 ދަރަނި ސާބިތުވި ޙުކުމް ދަރަނި ދައްކަންޖެހޭ ފަރާތުން މަތީ ކޯޓުތަކުގައި އިސްތިއުނާފުކޮށް ތާއީދުވެ، ދަރަނި ހޯދާ ފަރާތުން އެ ޙުކުމް އިސްތިއުނާފުނުކުރާނަމަ، އެ ޙުކުމަކީ ނިހާއީ ޙުކުމެކެވެ.

HN5 ދަރަނި ސާބިތުވި ޙުކުމުގައި އިންޓްރެސްޓާއި ޖޫރިމަނާ ހިސާބުކޮށްފައިވަނީ ވަކި ތާރީޚުތަކެއްގެ ނިޔަލަށް ކަމަށްވެ، އެއަށްފަހު އަރަމުންދާނެކަމަށް ބަޔާންކޮށްފައިނުވާއިރު، ތަންފީޛީ މަރުޙަލާގައި ތަންފީޛު ނިމޭ ތާރީޚާ ހަމައަށް އިންޓްރެސްޓާއި ޖޫރިމަނާ އަރާގޮތަށް ކަނޑައެޅުމަކީ ދަރަނި ސާބިތުވި ޙުކުމަށް ބަދަލުގެނައުމެވެ؛ އެއީ ސާބިތު ދަރަނީގެ މައްސަލަތައް ބަލައި ހިންގުމުގެ އުޞޫލުތަކާއި އިޖުރާއަތުތަކާ ޚިލާފު ކަމެކެވެ.

ވަކީލުންނާއި ފަނޑިޔާރުން

އިސްތިއުނާފުކުރި ފަރާތުގެ ވަކީލުން
އަޙްމަދު ނާޒިމް މުޙައްމަދު
ޖަވާބުދާރީވި ފަރާތުގެ ވަކީލުން
ޢަބްދުﷲ ޢަލީ
ވަކީލުން
ޞަފާ ޝަރީފް، ޙަސަން މަޢާޒް ޝަރީފު، ޢަލީ ޢައްޔާދު އަޙްމަދު
ބަދަލުގައި ހާޒިރުވި ފަރާތް
މުޙައްމަދު ޝިފާޒް ޢަބްދުލްޤަދީރު، އަލްހާ ޢަލީ ރަޝީދު، ޢަބްދުﷲ ސިޔާޒް
ބެންޗު
މުޙައްމަދު ފައިޞަލް، ޙަސަން ޝަފީޢު، މުޙައްމަދު ސަލީމް
ރިޔާސަތު
—
ރައުޔު ލިޔުނު ފަނޑިޔާރު
މުޙައްމަދު ފައިޞަލް · ތާއީދުކުރެއްވީ: ޙަސަން ޝަފީޢު، މުޙައްމަދު ސަލީމް
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.

1އާޞިމާ ޙަސަން / މ . ކްރޯޓން، މާލީ  އިސްތިއުނާފު ރައްދުވި ފަރާތްތައް: 3. ސްޓޭޓް ބޭންކް އޮފް އިންޑިއާ (މާލެ ބްރާންޗް)

3ސްޓޭޓް ބޭންކް އޮފް އިންޑިއާ އިންޓަރނޭޝަނަލް (މޮރިޝަސް) ލިމިޓެޑް

2. ކޮމަރް ޝަލްބޭންކް އޮފްސިލޯނ ލިމިޓެޑް

1. މޮރިޝަސްކޮމަރް ޝަލްބޭންކ ލިމިޓެޑް  މައްސަލައިގެ ބާވަތް: ޙުކުމް ތަންފީޛުކުރުން (ރަހުނު ހިމެނު ލޯނުގެ މައްސަލަ) މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް: ފަނޑިޔާރު މުޙައްމަދު ފައިޞަލް ފަނޑިޔާރު ޙަސަން ޝަފީޢު ފަނޑިޔާރު މުޙައްމަދު ސަލީމް 35 ޞަފަރ 3115 ނިމުނު ތާރީޚް: 23 އޮގަސްޓް 3232 23 ރަޖަބު 3113 ހައިކޯޓުގައި ޤަޟިއްޔާ ރަޖިސްޓްރީ ކުރެވުނު ތާރީޚް: 23 މާރިޗު 3232 އިސްތިއުނާފުކުރެވުނު މައްސަލަ:  ނަންބަރު: 3/RVH/2019/04-CR-B5  ނިންމި ތަން: ސިވިލް ކޯޓު  ބާވަތް: ޙުކުމް ތަންފީޛުކުރުން (ރަހުނު ހިމެނު ލޯނުގެ މައްސަލަ)  ހުށަހެޅުނު ތާރީޚް: 31 މޭ 3233  ނިމުނު ތާރީޚް: 32 ނޮވެންބަރު 3233 އިސްތިއުނާފުކުރި ފަރާތްތައް އިސްތިއުނާފު ރައްދުވާ ފަރާތްތައް

3. އަތަމާ އިންވެސްޓްމެންޓްސް ޕްރައިވެޓް ލިމިޓެޑް 3. ސްޓޭޓް ބޭންކް އޮފް އިންޑިއާ (މާލެ ބްރާންޗް) ވަކީލު: އޛ. އަޙްމަދު ނާޒިމް މުޙައްމަދު ވަކީލު: އޛ. ޢަބްދުﷲ ޢަލީ

3. އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު ވަކީލު: އޛ. ސަފާ ޝަރީފް 3. ސ ޓޭޓ ބޭންކް އޮފް އިންޑިއާ އިންޓަރނޭޝަނަލް (މޮރިޝަސް)

2. އިބްރާހީމް ޢަބްދުއްލަޠީފް ބަދަލު: މުޙައްމަދު ޝިފާޒް ޢަބްދުލްޤަދީރު ވަކީލު: އޛ. ޢަބްދުﷲ ޢަލީ

1. ޢާޞިމާ ޙަސަން. މުޙައްމަދު ޖަމީލް އަޙްމަދު ބަދަލު: އަލްހާ ޢަލީ ރަޝީދު އޛ. ޢަބްދުﷲ ސިޔާޒް

2. ކޮމަރޝަލް ބޭންކް އޮފް ސިލޯން ލިމިޓެޑް ވަކީލު: އޛ. ޙަސަން މާޒް ޝަރީފް

1. މޮރިޝަސް ކޮމަރޝަލް ބޭންކް ލިމިޓޑެ ވަކީލު: އޛ. ޢަލީ އައްޔާދު އަޙްމަދު މަދަނީ– ޙުކުމް ތަންފީޛުކުރުނު– ދަރަނި ސާބިތުވި ޤަޟިއްޔާގެ ޙުކުމަށް ބަދަލު ނުގެނައުނާ– ޙުކުމް ތަންފީޛުކުރުމުގެ ދާއިރާ  ފަނޑިޔާރު މުޙައްމަދު ފައިޞަލްގެ ރައުޔު: މައްސަލައިގެ ތަޢާރަފު:

3. މި މައްސަލައަކީ، ސިވިލް ކޯޓުގެ ނަންބަރު 3/RVH/2019/04-CR-B5 ނިންމުން ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށްބުނެ އަތަމާ އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑް އާއި، އަތަމާ 3 2 މެރިން އިންޓރަ ނޭޝަނަލް ޕްރައިވެޓް ލިމިޓެޑް އާއި، […] / އިބްރާހީމް ޢަބްދުއްލަޠީފް އަދި […] / އާޞިމާ ޙަސަން ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް އިސްތިއުނާފުކޮށް ހުށަހެޅުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ. މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތްތަކކަ ސްޓޭޓް ބޭންކް އޮފް އިންޑިއާ (މާލެ ބްރާންޗް) އާއި ސްޓޭޓް ބޭންކް އޮފް އިންޑިއާ އިންޓަރނޭޝަނަލް (މޮރިޝަސް) ލިމިޓެޑްއާއި ކޮމަރޝަލް ބޭންކް އޮފް ސިލޯން ލިމިޓެޑް އާއި މޮރިޝަސް ކޮމަރޝަލް ބޭންކް ލިމިޓެޑް އެވެ.

ކަންހިނގާފައިވާގޮތް

3. އަތަމާ އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑްގެ އެދުމަށް 33 ނޮވެންބަރު 3223 ގައި US$5,000,000.00 (ފަސްމިލިއަން ޔޫ.އެސް ޑޮލަރު) ގެ ޓަރމް ލޯނެއް ސްޓޭޓް ބޭންކް އޮފް އިންޑިޔާ (މާލެ ބްރާންޗް) އިން އަތަމާ އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑަށް ދޫކޮށްފައިވާހިނދު، އެއްބަސްވެފައިވާ ގޮތަށް މިލޯނުގެ ފައިސާ ދައްކާފައިނުވުމުގެ ސަބަބުން މިލޯނުގެ ބެލެންސްގައި 23 އޮގަސްޓް 3233 ގެ ނިޔަލަށް ރަޖިސްޓްރީ ނަންބަރު 66/98-C ރަޖިސްޓްރީ ނަންބަރު 221/97-C އައިޑީއައިޑީއޭގެ އިންޓްރެސްޓާއި ޖޫރިމަނާއާއެކު US$6,526,628.95 (ހަމިލިއަން ފަސްލައްކަ ސައްބީސް ހާސް އަށާވީސް ޕޮއިންޓް ނުވައެއް ފަހެއް ޔޫ.އެސް ޑޮލަރު) ދައްކަންޖެހި ނުދައްކވާކަމާއި،

2. އަތަމާ އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑްގެ އެދުމަށް 31 އެޕްރީލް 3223 ގައި US$6,000,000.00 (ހަމިލިއަން ޔޫ.އެސް ޑޮލަރު) ގެ ޓާރމް ލޯނަކާއި، 36 ޖަނަވަރީ 3222 ގައި US$4,000,000.00 (ހަތރަ މިލިއަން ޔޫ.އެސް ޑޮލަރު)ގެ ޓަރމް ލޯނަށް އެކުޖުމްލަ 00,000.00US$10,0 (ދިހަމިލިއަން ޔޫ.އެސް ޑޮލަރު) ސްޓޭޓް ބޭންކް އޮފް އިންޑިޔާ އިންޓަރނޭޝަނަލް (މޮރިޝަސް) ލިމިޓެޑުން އަތަމާ އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑަށް ދޫކޮށްފައިވާހިނދު، އެއްބަސްވެފައިވާގޮތަށް މިލޯނުގެ ފައިސާ ދައްކާފައިނުވުމުގެ ސަބަބުން މިލޯނުގެ ބެލެންސްގައި 23 އޮގަސްޓް 3233 ގެ ނިޔަލަށް އޭގެ އިންޓްރެސްޓާއި ޖޫރިމަނާއާއެކު US$11,414,174.70 (އެގާރަ މިލިއަން ހަތަރުލައްކަ ސާދަހާސް އެއްސަތޭކަ ހަތްދިހަ ހަތަރެއް ޕޮއިންޓް ހަތެއް ސުމެއް ޔޫ.އެސް ޑޮލަރު) ދައްކަންޖެހި ނުދައްކާވާކަމާއި،

1. އަތަމާ އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑްގެ އެދުމަށް 33 އެޕްރީލް 3232 ގައި US$2,000,000.00 (ދެމިލިއަން ޔޫ.އެސް ޑޮލަރު) ގެ ޓާރމް ލޯނެއް ސްޓޭޓް ބޭންކް އޮފް އިންޑިޔާ އިންޓަރނޭޝަނަލް (މޮރިޝަސް) ލިމިޓެޑުން އަތަމާ އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑަށް ދޫކޮށްފައިވާހިނދު، އެއްބަސްވެފައިވާގޮތަށ މިލޯނުގެ ފައިސާ ދައްކާފައިނުވުމުގެ ސަބަބުން މިލޯނުގެ ބެލެންސްގައި 23 އޮގަސްޓް 3233 ގެ ނިޔަލަށް އޭގެ އިންޓްރެސްޓާއި ޖޫރިމަނާއާއެކު US$2,483,842.92 (ދެމިލިއަން ހަތަރު ލައްކަ އަށްޑިހަ ތިންހާސް އަށްސަތޭކަ ސާޅީސް ދޭއް ޕޮއިންޓް ނުވައެއް ދޭއް ޔޫ.އެސް ޑޮލަރު) ދައްކަންޖެހި ނުދައްކާވާކަމާއި،

5އަތަމާ އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑްގެ އެދުމަށް 33 އެޕްރީލް 3232 ގައި US$6,000,000.00 (ހަމިލިއަން ޔޫ.އެސް ޑޮލަރު)ގެ ޓަރމް ލޯނެއް ކޮމަރޝަލް ބޭންކް އޮފް ސިލޯން ލިމިޓެޑުން އަތަމާ އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑަށް ދޫކޮށްފައިވާހިނދު، އެއްބަސްވެފައިވާގޮތަށް މިލޯނުގެ ފައިސާ ދައްކާފައިނުވުމުގެ ސަބަބުން މިލޯނުގެ ބެލެންސްގައި 32 ސެޕްޓެންބަރު 3233 ގެ ނިޔަލަށް އޭގެ އިންޓްރެސްޓާއި ޖޫރިމަނާއެކު US$6,666,231.17 (ހަމިލިއަން ހަލައްކަ ފަސްދޮޅަސް ހަހާސް ދުއސައްތި ތިރީސް އެކެއް ޕޮއިންޓް އެކެއް ހަތެއް ޔޫ.އެސް ޑޮލަރު) ދައްކަންޖެހި ނުދައްކާ ވާކަމާއި،

6ބަޔާންކުރެވިދިޔަ ބޭންކްތަކުން އަތަމާ އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑަށް ދޫކޮށްފައިވާ އެންމެހާ ލޯނތަކާއި، "ކިހާދުއްފާރު" ރިޒޯޓާއު "މާވެލާވަރު އައިލެންޑް ރިޒޯޓް " (އެތަންތަނުގައިވ އެންމެހާ ޢިމާރާތްތަކާއި، ބިނާތަކާއި، ޚިދުމަތްދޭ ވަސީލަތްތަކާއި، މެޝިނަރީއާއި، އިކިއުޕްމަންޓްތަކާއި، މަސައްކަތު ސާމާނާއި، ފަރުނީޗަރާއި، ހަރުކުރެވިފައިވާ ތަކެއްޗާއި، ތަށ، ތެލި، ސާމާނުފަދަ ތަކެއްޗާއި، ފޮތީގެ ސާމާނާއި، ސްޓޮކްގައި ހުރި ތަކެއްޗާއި، މީގެ އިތުރުންވެސް އެތަންތަނުގައި ބޭނުންކުރެވޭ އެތަންތަނޭއި ގުޅިފައިވާ އެންމެހައި ތަކެތި) ރަހުނުކުރެވިފައިވާކަމާއި، މި އެންމެހައި ލޯނުތަކަށް އަތަމާ މެރިން އިންޓރނޭޝަނަލ ޕްރައިވެޓް ލިމިޓެޑާއި […] އިބްރާހީމް ޢަބްދުއްލަޠީފް އާއި […] އާޞިމާ ޙަސަން ގެރެންޓީ ދީފައިވާކަން މައްސަލައިގައި ހިމެނޭ ފަރާތްތަކުގެ ބަހުންނާއި، ހުށަހެޅިފައިވާ ލިޔެކިޔުންތަކުން ޝަރީޢަތަށް ސާބިތުވާތކަމާއި،

3. އެ ލޯނުތަކުގެ ފައިސާ އެލޯނެއް ދޫކޮށްފައިވާ ބޭންކަކަށް އަދާކޮށްދިނުމުގެ ގޮތުން 22 ސެޕްޓެންބަރު 3233 އިން ފެށިގެން 23 (ހަތެއް) މަސްދުވަހުގެ ތެރޭގައި ކޮންމެ މަހަކުވެސް އެމަހަކަށްޖެހޭވަރު އެލޯނެއް ދޫކުރި ބޭންކަކަށް އަދާކުރަމުންގޮސް އެމުއްދަތުގެ ތެރޭގައި މިއެންމެހާ ލޯނުތައް އޭގެ އިންޓްރެސްޓާއި ޖޫރިމަނާއެކު ދައްކައި ޚަލާސްކުރުމަށް އަތަމާ އިންވެސްޓްމެންޓްސް ޕްރައިވެޓް ލިމިޓެ ޑާއި، އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑާއި، […] އިބްރާހީމް ޢަބްދުއްލަޠީފް އާއި […] އާޞިމާ ޙަސަން އަށް އަންގައި،

2. މި ލޯނުތައް 23 (ހަތެއް) މަސްދުވަހުގެ މުއްދަތު ހަމަވާއިރު، މި ލޯނުތައް އޭގެ އިންޓްރެސްޓާއި ޖޫރިމަނާއެކު އެއްކޮށް ދައްކައި ޚަލާސްކުރެވިފައިނުވާނަމަ، މި ލޯނުތަކުގައި ރަހުނު ކުރެވިފައިވާ "ކިހާދުއްފަރު" ރިޒޯޓާއި، "މަވެލާވަރު އައިލެންޑް ރިޒޯޓް" (އެތަންތަނުގައިވ އެންމެހާ ޢިމާރާތްތަކާއި، ބިނާތަކާއި، ޚިދުމަތްދޭ ވަސީލަތްތަކާއި، މެޝިނަރީއާއި، އިކިއުޕްމަންޓްތަކާއި، މަސައްކަތު ސާމާނާއި، ފަރުނީޗަރާއި، ހަރުކުރެވިފައިވާ ތަކެއްޗާއި، ތަށ، ތެލި، ސާމާނުފަދަ ތަކެއްޗާއި، ފޮތީގެ ސާމާނާއި، ސްޓޮކްގައ ހުރި ތަކެއްޗާއި، މީގެ އިތުރުންވެސް އެތަންތަނުގައި ބޭނުންކުރެވޭ އެތަންތަނާއި ގުޅިފައިވާ އެންމެހައި ތަކެތި) ވިއްކާލުމުގެ ހުއްދަ މިލޯނުތައް ދޫކުރި ބޭންކްތަކަށް ލިބިގެންވާކަމަށް ސިވިލް ކޯޓުގެ ނަންބަރު 2384/Cv-C/2011 ޤަޟިއްޔާގައި ޙުކުމްކޮށްފައިވެއެވެ .

3. މީގެ އިތުރުން އަތަމާ އިންވެސްޓެމްނަޓސް ޕްރައިވެޓް ލިމިޓެޑާއި މޮރިޝަސް ކޮމަރޝަލް ބޭންކް ލިމިޓެޑާ ދެމެދު، 22 ޑިސެންބަރު 3222 ވަނަ ދުވަހު ނ. މާވެލާވަ ރ އެވެ ކިޔުނު ރަށުގައި ރިސޯޓެއް ހެދުމަށާއި، ތަރައްޤީކުރުމަށް US$15,000,00 (ފަނަރަ މިލިއަން އެމެރިކާ ޑޮލަރު) ގެ ލޯނު އެއްބަސްވުމެއް ވެފައިވާކަމާއި، އެލޯނު އެއްބަސްވުމާ ގުޅިގެން ޙަވާލާދެވުނު ރަށުގެ ހެޑްލީސް ރަހުނު ކުރުމަށްޓަކައި، ހަމަ އެތާރީޚުގައި ދެފަރާތުގެ ދެމެދުގައި ރަހުނު އެއްބަސްވުމެއް ވެފައިވާކަމާއި، ދެފަރާތުގެ ދެމެދުގައި އސްވި ބަޔާންކުރެވުނު އެއްބަސްވުންތައްވުމަށްފަހު، އަތަމާ އިންވެސްޓެމްނަޓސް ޕްރައިވެޓް ލިމިޓެޑުން، ލޯނު އެއްބަސްވުމާއި ޚިލާފުވެ، ދެފަރާތުގެ ދެމެދުގައި ވެފައިވާ ލޯނު އެއްބަސްވުމާއި އެއްގޮތަށް ފައިސާ ދައްކާފައިނުވުމުގެ ސަބަބުން ޖުމްލަ US$12,808,158.85 (ބާރަމި ލިއަން އަށްލައްކަ އަށްހާސް އެއްސަތޭކަ ފންސާސްއަށެއ ޕޮއިންޓް އަށެއް ފަހެއް ޔޫ.އެސް ޑޮލަރު) އާއި، މި މައްސަލައިގައި ސާބިތުވެފައިވާ ފައިސާ ދައްކައި ޚަލާސްކުރެވެންދެން އިތުރަށް އަރަމުންދާ އިންޓްރެސްޓާއި ޖޫރިމަނާގެ ފައިސާއާއި، ޤާނޫނީ ވަކީލުގެ ޚަރަދަކީ އަތަމާ އިންވެސްޓެމްނަޓސް ޕްރައިވެޓް ލިމިޓެޑުން މޮރިޝަސް ކޮމަރޝަލް ބޭންކް ލިމިޓެޑަށް ދައްކަންޖެހޭ ފައިސާއެއްކަމަށް ކަނޑައަޅައި، މި ފައިސާ މޮރިޝަސް ކޮމަރޝަލް ބޭންކަށް ލިބިދިނުމުގެ ގޮތުން 23 އޮކްޓޫބަރު 3233 އިން ފެށިގެން 23 (ހަތެއް) މަސްދުވަހުގެ ތެރޭގައި ކޮންމެ މަހަކުވެސް މަދުވެގެނަ އެމަހަކަށްޖެހޭވަރު މޮރިޝަސް ކޮމަރޝަލް ބޭންކް ލިމިޓެޑަށް ދައްކައި ޚަލާސްކުރުމަށް އަތަމާ ސިވިލް ކޯޓުގެ ނަންބަރު 2384/Cv-C/2011 މައްސަލަ ނިމުނުގޮތުގެ ރިޕޯޓު އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑަށް އަންގައި، މި ފައިސާ ދެއްކުމަށް މި ދެވުނު 23 (ހަތެއް) މަސްދުވަހުގެ މުއްދަތު ހަމަވާއިރު، މިފައިސާ އެއްކޮށް ދައްކައި ޚަލާސްކުރެވިފައިނުވާނަމަ، މި ލޯނުގައި ރަހުނު ކުރެވިފައިވާ "ނ.މާވެލާވަރު" އެވެ ކިޔުނު ރަށުގެ މައްޗަށް އޮތް ޙައްޤުތައް ވިއްކާލުމުގެ ހުއްދަ މޮރިޝަސް ކޮމާރޝަލް ބޭންކް ލިމިޓެޑަށް ލިބިގެންވާކަމަށް ސިވިލް ކޯޓުގެ ނަންބަރު 2332/Cv-C/2011 ޤަޟިއްޔާއިން ޙުކުމްކޮށްފައިވެއެވެ .

32ބުނެވުނު ޙުކުމްތަކާ އެއްގޮތަށް ލޯނަށް ފައިސާ ދައްކާފައިނުވާތީ، ރަހުނު ވިއްކާލުމުގެ ހުއްދައަށް އެދި ސްޓޭޓް ބޭންކް އޮފް އިންޑިއާ (މާލެ ބްރާންޗް)އާއި، ސްޓޭޓް ބޭންކް އޮފް އިންޑިއާ އިންޓަރނޭޝަނަލް (މޮރިޝަސް) ލިމިޓެޑްއާއި، ކޮމަރޝަލް ބޭންކް އޮފް ސިލޯން ލިމިޓެޑް އަދި މޮރިޝަސް ކޮމަރޝަލް ބޭންކް ލިމިޓެޑްގެ ފަރާތުން އެދުމުން އެކޯޓުގެ ނަންބަރު 1950/Cv-C/2019 ޙުކުމް ތަންފީޛުކުރުމަށް ބޭއްވުނު ޤަޟިއްޔާއިން ރަހުނު ވިއްކާލުމުގެ ހުއްދަދީފައިވާކަން އެނގެންއޮވެއެވެ .

33އިސްތިއުނާފުކުރެވިފައި ވަނީ ބުނެވިދިޔަ ޤަޟިއޔް ގައާ ނެރެފައިވާ ރަހުނު ވިއްކާލުމުގެ ހުއްދައެވެ.

ރަހުނު ވިއްކާލުމުގެ ހުއްދަ

33. ރަހުނު ވިއްކާލުމުގެ ހުއްދައިގެ ގޮތުގައި ސިވިލް ކޯޓުން ނިންމާފައިވަނީ؛ [ދެންފަހެ، ސިވިލ ކޯޓުގެ ނަންބަރ 2384/Cv-C/2011 ޤަޟިއްޔާގެ ޙުކުމާއި ގުޅިގެން ދަޢުވާލިބޭ އަތަމާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް އާއި އަތަމާ މެރިން އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑްއާއި […] / މާލެ، އިބްރާހީމް ޢަބްދުއްލަޠީފް އާއި […] / މާލެ، އާޞިމާ ޙަސަންގެ ފަރާތުން ސްޓޭޓް ބޭންކް އޮފް އިންޑިޔާ (މާލެ ބްރާންޗް) އާއި ސްޓޭޓް ބޭންކް އޮފް އިންޑިޔާ އިންޓަރނޭޝަނަލް (މޮރިޝަސް) ލިމިޓެޑް އާއި ކޮމާރޝަލް ބޭންކް އޮފް ސިލޯން ލިމިޓެޑް އަށް ދައްކަންޖެހޭ ފައިސާއާއި ސިވިލް ކޯޓުގެ ނަންބަރު 2332/Cv-C/2011 ޤަޟިއްޔާއިން ޘާބިތުވެގެން ސިވިލް ކޯޓުގެ ނަންބަރު 2332/Cv-C/2011 މައްސަލަ ނިމުނުގޮތުގެ ރިޕޯޓު ސިވިލް ކޯޓުގެ ނަންބަރު 1950/Cv-C/2019 މައްސަލައިގެ ނިންމުން ސިވިލް ކޯޓުގެ ނަންބަރު 1950/Cv-C/2019 ޤަޟިއްޔާ އަތަމާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން މޮރިޝަސް ކޮމާޝަލް ބޭންކް ލިމިޓެޑްއަށް ދައްކަންޖެހޭ ފައިސ ލިބިދިނުމުގެ ގޮތުންނާއި، ބުނެވިދިޔަ ފަރާތްތަކަށް ލިބިދެވެންޖެހޭ ފައިސާ ދަރަނީގެ ނިސްބަތުން އަދާވާނ ގޮތެއްގެ މައްޗަށ ސިވިލް ކޯޓުގެ ނަންބަރ 2384/Cv-C/2011 ޤަޟިއްޔާގައި ރަހުނުކޮށްފައިވާކަމަށ ބަޔާންކޮށްފައިވް "މާވެލާވަރު އައިލަންޑް ރިޒޯޓް" ވިއްކާލުމުގެ ހުއްދަ ދަޢުވާކުރާ ސްޓޭޓް ބޭންކް އޮފް އިންޑިޔާ (މާލެ ބްރާންޗް) އަށް ލިބިގެންވާކަމަށް ކަނޑައަޅައި، މިއަދުން ފެށިގެން 22 (ތިނެއް) މަސްދުވަހުގެ ތެރޭގައި ހުޅުވާލެވިގެންވާ ބލަ މެއްގައި " މާވެލާވަރު އައިލަންޑް ރިޒޯޓް" ވިއްކާލުމަށްފަހު ލިބޭ އެންމެހައި ފައިސާ އެކުގައި ބުނެވިދިޔަ ބޭންކްތަކުނ ކަނޑައަޅް އެކައުންޓަކަށް ޖަމާކޮށް، އެލިބުނު ފައިސާ ބުނެވުނު ފަރާތްތަކަށް ޙަވާލުކުރުމަށް އަންގާ ގޮތެއްގެ މަތިން ލިބިދެވޭނެކަމާއި މިހިނދުން ފެށި ގެން ބުނެވުނު ލޯނުތަކާއ ގުޅިގެނި އަރަމުންދާ އިންޓްރެސްޓާއި ޖޫރިމަނާ އެރުން ހުއްޓަންޖެހޭނެ ކަން ބުނެވިދިޔަ ބޭންކްތަކަށް އަންގައި، "މާވެލާވަރު އައިލަންޑް ރިޒޯޓް" ވިއްކާލުމުގެ ހުއްދަ ސްޓޭޓް ބޭންކް އޮފް އިންޑިޔާ (މާލެ ބްރާންޗް) އަށް ދީފީމެވެ ". މިފަދައިންނެވެ.

އިސްތިއުނާފީ ނުކުތާތައް

32. ސިވިލް ކޯޓުގެ ނަންބަރު 3/RVH/2019/04-CR-B5 ނިންމުން ނިމިފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާ ކަމަށް ބުނެ އިސްތިއުނާފު ކުރާ ފަރާތްތަކުން އަންނަނިވި ނުކުތާ ހުށަހަޅާ އެނުކުތާތަކާ ބެހޭ ގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. އެގޮތުން ހުށަހަޅާފައިވާ ނުކުތާތަކަކީ؛

32.3- އިސްތިއުނާފު ރައްދުވާ ފަރާތްތަކުން އިސްތިއުނާފު ކުރާ ފަރާތްތަކަށް ދޫކޮށްފައިވާ ލޯނުތަކުގެ އަރަމުންދާ އިންޓްރެސްޓާއި ޖޫރިމަނާ ނެގޭނެކަމަށް ސިވިލް ކޯޓުގެ ނަންބަރު 2384/Cv-C/2011 ޤަޟިއްޔާގެ ޙުކުމުގައި ބަޔާންކޮށްފައިނުވާއިރު، މި ލޯނުތަކުގެ އަރަމުންދާ އިންޓްރެސްޓާއި ޖޫރިމަނާ އިސްތިއުނާފު ސިވިލް ކޯޓުގެ ނަންބަރު 1950/Cv-C/2019 ތަންފީޛީ ޤަޟިއްޔާގެ ދަށުން ނެރުނު ނަންބަރު 3/RVH/2019/04-CR-B5 ރަހުނު ވިއްކާލުމުގެ ހުއްދަ މިކުރެވޭ، ސިވިލް ކޯޓުގެ ނަންބަރު 1950/Cv-C/2019 ޤަޟިއްޔާގައި ނެރެފައިވ "ރަހުނު ވިއްކާލުމުގެ ހުއްދަ" އިން ނަންގަވާފައިވަނީ Res Judicata ގެ ޤާނޫނީ މަބްދަޢާ ޚިލާފަށްކަން އަދި ބުނެވިދިޔަހެނ އަމުރް ނެރުއްވާފައިވަނީ ސިވިލް ކޯޓުގެ ނަންބަރު 2384/Cv-C/2011 ޤަޟިއްޔާގެ ޙުކުމުގައި ކަނޑައަޅުއްވާފައިވާ ކަނޑައެޅުއްވުމުގެ ދާއިރާއިން ބޭރުންކަމަށްވުމާއި، އެއީ ތަންފީޛީ އުޞޫލުތަކާއި ޚިލާފު ނިންމުމެއްކަމުގައި ބުނެ ހުށަހެޅި ނުކުތާ އާއި؛

32.3- ސްޓޭޓް ބޭންކް އޮފް އިން ޑިޔާއިނ ސިވިލް ކޯޓަށް ހުށަހަޅާފައިވް ލޯނާ ސްޓޭޓްމަންޓްތައް ހިސާބުކޮށް ތައްޔާރުކޮށްފައިވަނީ ސިވިލް ކޯޓުގެ ނަންބަރު 2384/Cv-C/2011 ޤަޟިއްޔާގެ މައުޟޫޢީ ޙުކުމުގައި އިންޓްރެސްޓާއި ޖޫރިމަނާއާ ގުޅިގެން ކަނޑައަޅުއްވާފައިވާ ކަނޑައެޅުއްވުމާއި ޚިލާފަށްކަމާއި، އަދި ލޯނުގެ ސްޓޭޓްމަންޓްތައް ހިސާބުކޮށް ތައްޔާރުކޮށްފައިވަނީ އިންޓްރެސްޓް ހިސާބު ކުރުމަށް އެއްބަސްވުމުގައި ކަނޑައަޅާފައިވާ އުޞޫލުތަކާ ޚިލާފަށްކަމުގައި ބުނެ ހުށަހެޅި ނުކުތާއެވެ. ނުކުތާތަކާއި ގުޅިގެން ދެފަރާތުން ދެއްކި ވާހަކަ އިސްތިއުނާފުކުރާ ފަރާތްތަކުން ދެއްކި ވާހަކު

31. ސިވިލް ކޯޓުގެ ނަންބަރު 2384/Cv-C/2011 ޤަޟިއްޔާގެ ޙުކުމުގައި، ޙުކުމްކުރާ ތާރީޚަށްފަހުގައި ޖޫރިމަނާއާއި އިންޓްރެސްޓް އަރަމުންދާނެކަމަށ އެއްވެސް އިބާރާތަކުން ކަނޑައަޅުއްވާފައިނުވާކަމަށާއި، އެ ޙުކުމާއި މެދު ހިތްހަމަނުޖެހޭނަމަ އިސްތިއުނާފ ރައްދުވު ފަރާތްތަކަށް އެ ޤަޟިއްޔާ އިސްތިއުނާފުކުރުމުގެ ފުރުސަތު އޮތްކަމަށާއި، އެފަދައިން އިސްތިއުނާފުކޮށްފައިނުވާކަމަށެވެ. ހަމައެއާއެކު އިންޓްރެސްޓާއި ޖޫރިމަނާ ނެގޭނެކަމަށް ޙުކުމުގައި ބަޔާންކޮށްފައިނުވާއިރު، އެ ފައިސާ ލިބިދެވޭގޮތަށް އަދި ނިހާއީ ބާރުލިބިފައިވާ ޙުކުމަށް އަސަރުކުރާ ގޮތަށް ތަންފީޛީ މަރުޙަލާގައި ނިންމުމެއް ނިންމުމަކީ ތަންފީޛުކުރުމަށް ލާޒިމްވާ ޝަރުޠެއް ނުވަތަ އިޖުރާއަތަކާ ގުޅިގެން އުފެދޭ ހުޞޫމާތްތަކަށް ޤަޟާޢީ އަވަސް ޙައްލު ހޯދައިދިނުން ފަދަކަމެއްކަމަށް ބަލާނެ ޖާގައެއްނެތްކަމަށެވެ.

35ދެވަނަ ކަމަކަށް ފާހަގަކޮށްފައިވަނީ ސިވިލް ކޯޓުގެ ނަންބަރު 1C/201-2384/Cv ޤަޟިއްޔާގެ ޙުކުމުގައި ބަޔާންކުރާ ޖުމްލަ އަދަދަށްފަހަށް އަރަމުންދު ޖޫރިމަނާ ނަގައިދޭންޖެހޭނަކަމަށް ބަހުސްގެ ބޭނުމަށް ބެލިނަމަވެސް އިންޓްރެސްޓާއި ޖޫރިމަނާއަކީ އެއް އޞުލަކުނ އެއް ހަމައެއްގެ މައްޗަށް ހުރިހާ ބޭންކުތަކުން އެއްގޮތަކަށް ނަގަންޖެހޭ ފައިސާއެއްކަން އެނގެން އޮންނަކަމަށާއި، ނަމަވެސް ބޭންކުތަކުން ހުށަހެޅި ސްޓޭޓްމަންޓްތަކަށް ޖޫރިމަނާ އާއި އިންޓްރެސްޓް ހިސާބުކޮށްފައިވަނީ އެއްބަސްވުމާއި ޚިލާފަށްކަމަށެވެ.

އިސްތިއުނާފު ރައްދުވާފަރާތްތަކން ދެއްކި ވާހަކަ

36އިސްތިއުނާފު ރައްދުވާ ފަރާތްތަކނު މި މައްސަލައިގައި ޖަވާބު ހުށަހެޅުމުގެ ކުރިން އިޖުރާއީ އިޢުތިރާޒެއް ހުށަހެޅިއެވެ. އެފަރާތުގެ އިޖުރާއީ އިޢުތިރާޒަކީ ސިވިލް ކޯޓުގެ ނަންބަރު 3/RVH/2019/4-CR-B5 "ރަހުނު ވިއްކާލުމުގެ ހުއްދަ" ނެރެފައިވަނީ 32 ނޮވެންބަރު 3233 ގައި ކަމަށާއި، އެ ހުއްދައަކީ 2 މަސްދުވަހުގެ މުއްދަތަށް ދިން ހުއްދައެއްކަމަށާއި، އެ ހުއްދައިގެ މުއްދަތު 32 ފެބުރުވަރީ 3232 އަށް ހަމަވެފައިވާކަމަށެވެ. އަދި މި މުއްދަތު ހަމަވުމު ން، ރަހުނު ކޮށްފައިވާ ރިސޯޓުތައ އަލުން އިވޭލުއޭޓ ކުރުމަށް ސިވިލް ކޯޓުން ނިންމާފައިވާކަމަށާއި، ރަހުނު ވިއްކާލުމުގެ މުއްދަތު ހަމަވެފައިވާތީ، އަލުން އާ ހުއްދައެއް ދިނުމާމެދު ގޮތެއް ނިންމުމަށް ސިވިލް ކޯޓުގައި 31 އެޕްރީލް 3233 ގައި ބޭއްވުނު ޝަރީޢަތުގެ މަޖިލީހުގައި މައްސަލަ ބެލި ޤާޟީ ނިންމާފައިވާކަމުން، އިސްތިއުނާފު ކުރެވިފައިވާ ރަހުނު ވިއްކާލުމުގެ ހުއްދައިގެ މުއްދަތު ހަމަވެފައިވާތީ، އަދި އިތުރު ހުއްދައެއް ނެރެގެން މެނުވީ ރަހުނު ވިއްކާލުމުގެ ގޮތުން އެއްވެސް ކަމެއް ކުރިއަށް ނުގެންދެވޭނެތީ، މި މައްސަލައަކީ ކުރިއަށް ގެންދެވޭނެ މައްސަލައެއް ކަމުގައި ނުދެކޭކަމަށެވެ.

33. އަދި އިސްތިއުނާފީ ނުކުތާތަކަށް ޖަވާބުދެމުން އިސްތިއުނާފު ރައްދުވާ ފަރާތްތަކނު ބުނެފައިވަން ސިވިލް ކޯޓުގު ނަންބަރު 2384/Cv-C/2011 ޤަޟިއްޔާގެ ޙުކުމުގައި ޙުކުމްކުރާ ތާރީޚަށްފަހުގައިވެސް، އިންޓްރެސްޓާއި ޖޫރިމަނާގެ ފައިސާ އަދާކުރަމުންދާނެކަމަށ ނުވަތް ނެގޭނެ ކަމަށް އެއްވެސް އިބާރާތަކުން ކަނޑައަޅާފައިނުވާކަމަށް ބުނެފައިވާއިރު، އެ ޤަޟިއްޔާގެ ޙުކުމުގެ 3 ވަނަ ޕެރެގްރާފުގައި ބަޔާންކޮށްފައިވަނީ "މި ލޯނުތަކުގެ ފައިސާ އެ ލޯނެއް ދޫކޮށްފައިވާ ބޭންކަކަށް އަދާކޮށްދިނުމުގ ގޮތުނެ މިއަދު (22 ސެޕްޓެންބަރު 3233) ން ފެށިގެން 3 (ހަތެއް) މަސްދުވަހުގެ ތެރޭގައި ކޮންމެ މަހަކުވެސް އެމަހަކަށް ޖެހޭވަރު އެ ލޯނެއް ދޫކުރި ބޭންކަށް އަދާކުރަމުންގޮސް އެ މުއްދަތު ތެރޭގައި މި އެންމެހައި ލޯނުތައް އޭގެ އިންޓްރެސްޓާއި ޖޫރިމަނާއާއެކު ދައްކައި ޚަލާސްކުރުމަށް....އަންގައި" މިފަދައިންކަމަށާއި، މި އެންމެހައި ލޯނުތައް އޭގެ އިންޓްރެސްޓާއި ޖޫރިމަނާއާއެކު ދައްކައި ޚަލާސްކުރުމަށް އަންގާފައި އޮތުމުންވެސް އެނގިގެންދަނީ އިންޓްރެސްޓާއި ޖޫރިމަނާ ވަކި ތާރީޚަކަށް ލިމިޓް ވެފައިނުވާކަމަށެވެ.

32. ސިވިލް ކޯޓުގެ ނަންބަރު 2384/Cv-C/2011 ޤަޟިއްޔާއާއި ގުޅިގެން 22 ސެޕްޓެންބަރު 3233 ގެ ނިޔަލަށް ލޯނާ ގުޅިގެން ހުށަހަޅާފައިވާ ލޯނު އެކައުންޓް ސްޓޭޓްމަނޓުގައިވެސް އިންޓްރެސްޓާއި ޖުރިމަނާ ހިސާބުކޮށްފައިވަނީ މިހާރުވެސް ހިސާބު ހަދަމުންދާ އޞުލުންކަމަށާއި، ސިވިލް ކޯޓުގެ ނަންބަރު 2384/Cv-C/2011 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގެ ފާހަގަކުރެވުނު ނުކުތާގެ 2 ވަނަ ނުކުތާގައި ލޯނުތަކަށް ދައްކަންޖެހޭ ފައިސާ އެއްބަސްވެފައިވާ ގޮތަށް ދެއްކިފައިނުވާކަމާމެދު އަދި ބުނެވިދިޔަ ލޯނު އެކައުންޓްތަކުގެ ސްޓޭޓެމަންޓްތަކާމެދު ދަޢުވާލިބޭ ފަރާތްތަކުގެ ތެރެއިން މި މައްސަލައިގައި ޝަރީޢަތަށް ޙާޟިރުކުރެވުނު ފާރާތްތަކުން އިންކާރުކޮށްފައިނުވާކަމަށް ބަޔާންކޮށްފައިވާކަމުން، މި ނުކުތާ އާއި ގުޅޭގޮތުން މިހާރު ބަހުސްކުރެވޭނެ ހަމައެއް ނޯންނާނެކަމަށެވެ. ޝަރީޢަތަށް ފާހަގަކުރެވުނު ކަންކަން އިޖުރާއީ އިޢުތިރާޒާއި ގުޅޭ

33. އިސްތިއުނާފު ރައްދުވާ ފަރާތްތަކުން ހުށަހެޅި އިޖުރާއީ އިއުތިރާޒަށ ބަލާއިރް އެ އިއުތިރާޒަކީ އިސްތިއުނާފު ކުރެވިފައިމިވާ ސިވިލް ކޯޓުގެ ނަންބަރު 3/RVH/2019/4-CR-B5 "ރަހުނު ވިއްކާލުމުގެ ހުއްދަ" އަކީ މިހާރު މުއްދަތު ހަމަވެފައިވާ ހުއްދައެއްކަމަށްވުމާއި ރަހުނު ވިއްކާލުމުގެ އައު ހުއްދައެއް ސިވިލް ކޯޓުގައި 31 އެޕްރީލް 3233 ވަނަ ދުވަހު ގައި ބޭއްވުނު ޝަރީޢަތުގެ މަޖިލީހުގައި މައްސަލަ ބެލި ޤާޟީ ނިންމާފައިވާތީ އެ އަށް ރިޢާޔަތްކޮށް އިސްތިއުނާފު ކުރެވިފައި މިވާ މައްސަލައަކީ އިތުރަށް ކުރިއަށް ގެންދެވޭނެ މައްސަލައެއް ކަމުގައި ނުދެކޭކަމަށް ބުނެ ހުށަހެޅި އިއުތިރާޒެކެވެ.

32. އިސްތިއުނާފު ރައްދުވާ ފަރާތްތަކުން ބުނިފަދައިނ ސިވިލް ކޯޓުގް ނަންބަރު 3/RVH/2019/4-CR-B5 "ރަހުނު ވިއްކާލުމުގެ ހުއްދަ" އަކީ މިހާރު މުއްދަތު ހަމަވެފައިވާ ހުއްދަ އެކެވެ. މުއްދަތު ހަމަވެފައިވަނީ 32 ފެބުރުވަރީ 3232 ގައެވެ. ރަހުނު ވިއްކާލުމުގެ އައު ހުއްދައެއް ސިވިލް ކޯޓުގައި 31 އެޕްރީލް 3233 ވަނަ ދުވަހުގައި ބޭއްވުނު ޝަރީޢަތުގެ މަޖިލީހުގައި މައްސަލަ ބެލި ޤާޟީ ނިންމާފައިވާކަމަށް އިސްތިއުނާފު ރައްދވު ފަރާތްތަކުން ބުނި ނަމަވެސް އެފަދަ ނިންމުމެއް ސިވިލް ކޯޓުން ނިންމާފައިވާކަން އެނގޭކަށް ނެތެވެ.

33. އެހެންކަމުން ސިވިލް ކޯޓުގެ ނަންބަރު 3/RVH/2019/4-CR-B5 "ރަހުނު ވިއްކާލުމުގެ ހުއްދަ" އަކީ މިހާރު މުއްދަތު ހަމަވެފައިވާ ހުއްދައެއް ކަމުގައިވީނަމަވެސް ބުނެވުނު ހުއްދަ އިސްތިއުނާފު ކުރާ ފަރާތްތަކނު ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވަނީ ބުނެވުނު ހުއްދަ ނެރެފައިވަނީ ޙުކުމް ތަންފީޛުކުރުމާ ގުޅޭ ހަމަތަކާ ޚިލާފަށްކަމަށް ޤަބޫލކުރެވިގެނު ކަމުން މައުޟޫޢީ މައްސަލައިގައި އައު ރަހުނު ވިއްކާލުމުގެ ހުއްދައެއް ނެރުނު ކަމުގައިވީނަމަވެސް އިސްތިއުނާފު ކުރެވިފައިމިވާ ސިވިލް ކޯޓުގެ ނަންބަރު B5-CR-3/RVH/2019/4 "ރަހުނު ވިއްކާލުމުގެ ހުއްދަ" އަށް ޝަރީޢަތުން ގޮތެއް ކަނޑައަޅަންޖެހޭނެކމުގައަ އަހުރެން ޤަބޫލުކުރަމެވެ. އިސްތިއުނާފީ ފުރަތަމަ ނުކުތާއާ ގުޅޭ: ޙުކުމް ތަންފީޛުކުރުމުގެ ދާއިރާ

33. ސުޕްރީމް ކޯޓުގެ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓަކްޗަރ ވ މަޢުރޫފާ ޢަބޫބަކުރު މައްސަލައިގައި ޙުކުމް ތަންފީޛުކުރުމުގެ ދާއިރާއަކީ ކޮބައިކަން ކިޔައިދީފައިވެއެވެ. އެގޮތުން ޙުކުމް ތަންފީޛުކުރުމުގެ މައްސަލަތަކުގައި ޝަރީޢަތުގެ ކުރިމައްޗަށް ހުށަހެޅޭނީ ތަންފީޛުކުރުމަށް އެދޭ މައްސަލައިގެ ޙުކުމް ތަންފީޛުކުރުމާ ގުޅޭގޮތުން އެކަނި ކަމަށާއި، ތަންފީޛކުރުމަށ އެދް މައްސަލައިގެ މައުޟޫޢު އަލުން ހުޅުވައި ބެލުމެއް ނޯންނާނެކަމަށް ބުނެފައިވެއެވެ.

32. ހަމައެއާއެކު ސުޕްރީމް ކޯޓުގެ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓަކްޗަރ ވ އަހްމަދު ސިޔާމް ޤަޟި އްޔާގައި ބުނެފައިވަނީ ޙުކުމް ތަންފީޛކުރުމުގު ގޮތުނެ ކޯޓުތަކަށް ހުށަހެޅް ގަޟއްޔާތަކި ގުޅިގެނާ އެ ޤަޟިއްޔާތަކުގައި ސާބިތުވެފައިވާ ދަރަނީގެ ޙުކުމް މަތީ މަރުޙަލާގެ ކޯޓަކުން ބަދަލުނުކުރާހާ ހިނދަކު، ޙުކުމް ތަންފީޛުކުރުމަށް ހުށަހެޅުނު ޤަޟިއްޔާގައި އެ ދަރަންޏާމެ ދ މައުޟޫޢު ގޮތުން ވާހަކަދެކެވި، ދަރަނި ސާބިތުވި ޤަޟިއްޔާގެ ޙުކުމަށް ބަދަލުގެނައުމަކީ ސާބިތުދަރަނީގެ މައްސަލަތައް ކޯޓުން ބަލައި ހިންގުމުގެ އ ޞުލުތަކާއި އިޖުރާއަތުތަކާ ޚިލާފު ކަމެއްކަމަށެވެ. އަދި ޙުކުމް ތަންފޛީކުރުމުގ ގޮތުނެ ކޯޓަށް ހުށަހެޅް މައްސަލަތަކުގއަ ފަނޑިޔާރުގެ ހަމައެކަނި ދައުރަކީ ސާބިތުވެފައިވާ ދަރަނި ނުވަތަ އަދާކުރަންޖެހޭ އިލްތިޒާމްތައް އަދާކޮށްފައިވޭތޯ ބެލުމާއި، އެކަންކަން އަދާކޮށްފައިނުވާނަމަ، ޙުކުމް ތަންފީ ޛުކުރުމުގ ގޮތުނެ ހަދާފައިވާ ގަވާއިދާ އެއްގޮތަށް ފިޔަވަޅު އެޅުން ކަމަށެވެ. ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/07 ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/32

31. ތަންފީޛު މައްސަލައިގައި ހިމެނޭ ސިވިލް ކޯޓުގެ ނަންބަރު 2384/Cv-C/2011 ޤަޟިއްޔާގެ ޙުކުމުގައި ބަޔާންކޮށްފައިވަނީ؛

3. ސްޓޭޓް ބޭންކް އޮފް އިންޑިޔާ (މާލެ ބްރާންޗް) އިން ނެގި ޓާރމް ލޯނުގެ ބެލެންސްގައި 23 އޮގަސްޓް 3233 ގެ ނިޔަލަށް އޭގެ އިންޓްރެސްޓާއި ޖޫރިމަނާއާއެކު 4,174.70US$11,41 (އެގާރަ މިލިއަން ހަތަރުލައްކަ ސާދަހާސް އެއްސަތޭކަ ހަތްދިހަ ހަތަރެއް ޕޮއިންޓް ހަތެއް ސުމެއް ޔޫ.އެސް ޑޮލަރު) އާއި،

3. ސްޓޭޓް ބޭންކް އޮފް އިންޑިޔާ އިންޓަރނޭޝަނަލް (މޮރިޝަސް) ލިމިޓެޑުން ނެގި ޓާރމް ލޯނުގެ ބެލެންސްގައި 23 އޮގަސްޓް 3233 ގެ ނިޔަލަށް އޭގެ އިނޓްރެސްޓާއް ޖޫރިމަނާއާއެކު US$11,414,174.70 (އެގާރަ މިލިއަން ހަތަރުލައްކަ ސާދަހާސް އެއްސަތޭކަ ހަތްދިހަ ހަތަރެއް ޕޮއިންޓް ހަތެއް ސުމެއް ޔޫ.އެސް ޑޮލަރު) އާއި،

2. އިންޑިޔާ އިންޓަރނޭޝަނަލް (މޮރިޝަސް) ލިމިޓެޑުން ނެގި ޓާރމް ލޯނުގެ ބެލެންސްގައި 23 އޮގަސްޓް 3233 ގެނި ޔަލަށް އޭގެ އިންޓްރެސްޓާއި ޖޫރިމަނާއާއެކު US$2,483,842.92 (ދެމިލިއަން ހަތަރު ލައްކަ އަށްޑިހަ ތިންހާސް އަށްސަތޭކަ ސާޅީސް ދޭއް ޕޮއިންޓް ނުވައެއް ދޭއް ޔޫ.އެސް ޑޮލަރު)އާއި،

1. ކޮމަރޝަލް ބޭންކް އޮފް ސިލޯން ލިމިޓެޑުން ނެގި ޓާރމް ލޯނުގެ ބެލެންސްގައި 32 ސެޕްޓެންބަރު 3233 ގެ ނިޔަލަށް އޭގެ އިންޓްރެސްޓާއި ޖޫރިމަނާއެކު US$6,666,231.17 (ހަމިލިއަން ހަލައްކަ ފަސްދޮޅަސް ހަހާސް ދުއިސައްތަ ތިރީސް އެކެއް ޕޮއިންޓް އެކެއް ހަތެއް ޔޫ.އެސް ޑޮލަރު) ދައްކަން ޖެހި ނުދެއްކިވާކަމާއި "...މި އެނެމެހައި ލޯނުތައް އޭގެ އިންޓްރެސްޓާއި ޖޫރިމަނާއާއެކު ދައްކައި ޚަލާސްކުރުމަށް".. މިފަދައިންނެވެ.

35. ބަޔާންކުރެވުނު ކަންކަމަށް ބަލާއިރު، ކޮންމެ ޓާރމް ލޯނެއްވެސް އޭގެ އިންޓްރެސްޓާއި ޖޫރިމަނާއާއެކު ހިސާބުކޮށްފައިވާކަން އެނގެންއޮވެއެވެ. އަދި އިސްތިއުނާފުކުރާ ފަރާތްތަކުން ބޭންކުތަކަށް ދައްކަން ޖެހޭ ފައިސާއާއި ޖޫރިމަނާގެ އަދަދަކީ ކޮބާކަން ވެސް ބަޔާންކޮށްފައިވެއެވެ.

36. ބުނވުނެ ސިވިލް ކޯޓުގެ ނަންބަރު 2384/Cv-C/2011 ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމަށް އެދި އަތަމާ އިންވެސްޓްމެންޓްސް ޕްރައިވެޓް ލިމިޓެޑާއި އިތުރު 5 ފަރާތަކުން ހުށަހެޅިއެވެ. އެ މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/138 ޤަޟިއްޔާ ބަލައި ޙުކުމްކޮށްފައިވަނީ ސިވިލް ކޯޓުގެ ނިންމުމަށް ތާއީދުކޮށެވެ. އަދި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/138 ޤަޟިއްޔާގެ ޙުކުމް ކުރުމުން އެ ޙުކުމް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ވެސް އަތަމާ އިންވެސްޓްމެންޓްސް ޕްރައިވެޓް ލިމިޓެޑާއި އިތުރު 5 ފަރާތަކުން އިސްތިއުނާފު ކުރިއެވެ . ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ވެސް ނިންމީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމުމަށް ތާއީދުކޮށެވެ.

33. ސިވިލް ކޯޓުގެނަންބަރު 2384/Cv-C/2011 ޤަޟިއްޔާ ގެ ޙުކުމު އިސްތިއުނާފުކުރާ ފަރާތްތަކނު ދިވެހިރާއްޖޭގެ ހައިކޯޓުގައި އަދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރި ކަން އެނގެންއޮތްނަމަވސެ އިސްތިއުނާފު ރައްދުވާ ފަރާތްތަކުން އެ ޤަޟިއްޔާ މަތީ މަރުޙަލާގެ ކޯޓެއްގައި އިސްތިއުނާފުކޮށްފައިނުވެއެވެ. އެހެންކަމުން ސިވިލް ކޯޓުގެނަންބަރު 2384/Cv-C/2011 ޤަޟިއްޔާގެ ޙުކުމަކީ މިހާރު ނިހާއީ ޙުކުމެކެވެ.

32. ޙުކުމް ތަންފީ ޛުކުރވުނެ، ސިވިލް ކޯޓުގެ ނަންބަރު 1950/Cv-C/2019 ޤަޟިއްޔާގައި ބުނެފައިވަނީ "މިއަދުން ފެށިގެން 22 (ތިނެއް) މަސްދުވަހުގެ ތެރޭގައި ހުޅުވާލެވިގެންވާ ބީލަމެއްގައި " މާވެލާވަރު އައިލަންޑް ރިޒޯޓް" ވިއްކާލުމަށްފަހު ލިބޭ އެންމެހައި ފައިސާ އެކުގައި ބުނެވިދިޔަ ބޭންކްތަކުނ ކަނޑައަޅް އެކައުންޓަކަށް ޖަމާކޮށް، އެލިބުނު ފައިސާ ބުނެވުނު ފަރާތްތަކަށް ޙަވާލުކުރުމަށް އަންގާ ގޮތެއްގެ މަތިން ލިބިދެވޭނެކަމާއި މިހިނދުން ފެށިގެން ބުނެވުނު ލޯނުތަކާއ ގުޅިގެނި އަރަމުންދާ އިންޓްރެސްޓާއި ޖޫރިމަނާ އެރުން ހުއްޓަންޖެހޭނަކަން ބުނެވިދިޔަ ބޭންކްތަކަށް އަންގައި، މާވެލާވަރު އައިލަންޑް ރިޒޯޓް" ވިއްކާލުމުގެ ހުއްދަ ސްޓޭޓް ބޭންކް އޮފް އިންޑިޔާ (މާލެ ބްރާންޗް) އަށް ދީފީމެވެ." މިފަދައިންނެވެ.

33. ބަޔާންކުރެވުނު ދެ ޤަޟިއްޔާއަށް ވަކި ވަކިން ނަޒަރުކުރުމުން އެނގިގެންދާ ޙަޤީޤަތަކީ ސިވިލް ކޯޓުގެ ނަންބަރު 2384/Cv-C/2011 ޤަޟިއްޔާއިން ލޯނުގެ ޖޫރިމަނާއާއި އިންޓްރެސްޓް ދައްކަންޖެހޭ އަދަދު ހިސާބު ކޮށްފައިވަނީ ވަކި ތާރީޚުތަކެއްގެ ނިޔަލަށްކމަވެ. އެ ބޭންކެއްގައި ހުޅުވާފައިވާ އެކައުންޓެއް ބަންދުކުރެވެންދެން އިންޓްރެސްޓާއި ޖޫރިމަނާ އަރަމުންދާނެކަމަކަށް އެ ޤަޟިއްޔާގައި ބަޔާންކޮށްފައިނުވެއެވެ. ނަމަވެސް ޙުކުމް ސުޕްރީމް ކޯޓުގެ ނަންބަރު 2014/SC-A/46 ޤަޟިއްޔާ ތަންފީ ޛި ކުރުމުގެ މަރުޙަލާގެ ތެރެއިން ޖޫރިމަނާއާއި އިންޓްރެސްޓްހިސާބުކޮށްފައިވަނ މައުޟޫއީ މައްސަލައިގައ ޖޫރިމަނާއާއި އިންޓްރެސްޓް ހިސާބު ކޮށްފައިވާ ތާރީޚަށްވުރެ އިތުރުވާގޮތަށް، ޙުކުމް ތަންފީޛީ ކުރުމުގެ މައްސަލު ނިމޭ ތާރީޚާއި ހަމައަށްކަން އެނގެންއޮވެއެވެ.

22. އެހެންކަމުން ދަރަނި ސާބިތުވި ޤަޟިއްޔާގެ ޙުކުމުގައި ޖޫރިމަނާއާއި އިންޓްރެސްޓް ހިސާބުކޮށް ދައްކަން އަންގާފައިވާ ގޮތާއި ޙުކުމް ތަންފީޛީ ކުރެވުނު މައްސަލައިގައި ޖޫރިމަނާއާއު އިންޓްރެސޓ ދައްކަން އަންގާފައިވް ގޮތް ތަފާތުކަން އެނގެންއޮންނަކަމުން އެއީ ދަރަނި ސާބިތުވި ޤަޟިއްޔާގެ ޙުކުމަށް ބަދަލުގެނައުން ކަމަށް އަހުރެން ދެކެމެވެ. އަދި އެއީ ސާބިތުދަރަނީގެ މައްސަލަތައް ކޯޓުން ބަލައި ހިންގުމުގެ އޞު ލުތަކާއޫ އިޖުރާއަތުތަކާ ޚިލާފު ކަމެއްކަމަށްވެސް ދެކެމެވެ.

އިސްތިއުނާފީ ދެވނ ނުކުތާއަ ގުޅަ

23. އިސްތިއުނާފީ ދެވަނަ ނުކުތާ ބިނާކޮށްފައިވަނީ ސިވިލް ކޯޓުގެ ނަންބަރު ނަންބަރު 1950/Cv-C/2019 ތަންފީޛީ ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވ ގޮތަށާ "އަރަމުންދާ އިންޓްރެސްޓާއި ޖޫރިމަނާ" ނަގައިދެވޭނެ ކަމަށް ކޯޓުން ކަނޑައަޅައިފިނަމަ، އެފަރާތުން ހޯދުމަށް އެދޭ ފަރުވާގެ ވާހަކައެވެ. އަދި އެގޮތަށް ކަނޑައަޅައި، އަރަމުންދާ ޖޫރިމަނާއާއި އިންޓްރެސްޓްގެ ފައިސާ ދައްކަން އަންގައިފިނަމަ، އިތުރަށް އަރާފައިވާ ޖޫރިމަނާއާއި އިންޓްރެސްޓަށްވ ފައިސާ ހިސާބުކުރެވެންޖެހޭނީ ސެންކްޝަން ލެޓަރސްތަކާއ އަދި ލޯނު އެގްރީމެންޓްގައ ބަޔާންކުރައްވާ އުޞޫލުގެ ތަރަހައިގެ ތެރެއިން ކަމަށް ބުނެއެވެ.

23. ނަމަވެސް އިސްތިއުނާފީ ފުރަތަމަ ނުކުތާއާއި ގުޅިގެން ޝަރީޢަތުން ފާހަގަކުރި ކަންކަމުގެ ތެރޭގައި ސިވިލް ކޯޓުގެ ނަންބަރު 1950/Cv-C/2019 ތަންފީޛީ ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވ ގޮތަށާ "އަރަމުންދާ އިންޓްރެސްޓާއި ޖޫރިމަނާ" ނަގައިދެވޭނެކަމަށް ކަނޑައަޅާފައި އޮތް ކަނޑައެޅުމަކީ ސާބިތުދަރަނީގެ މައްސަލަތައް ކޯޓުން ބަލައި ހިންގުމުގެ އޞު ލުތަކާއި އިޖުރާއަތުތަކާ ޚިލާފު ކަމެއްކަމަށް ކަނޑައެޅިގެން ގޮސްފައިވކަމުން މ ނުކުތާއަށް އިތުރަށް ޝަރީޢަތުން ބަލައި ގޮތެއް ކަނޑައަޅަންޖެހޭ ތަނެއް ނެތްކަމަށް ދެކެމެވެ.

ނިންމަން ފެންނަ ގޮތް

22. އެހެންކަމުން، ބުނެވިދިޔަ ކަންކަން އެގޮތުގެ މަތިން ހުރުމުން އިސްތިއުނާފު ކުރެވިފައިމިވާ، ސިވިލް ކޯޓުގެ ނަންބަރު 3/RVH/2019/04-CR-B5 ނިންމުން ނިންމާފައިވަނީ ސާބިތުދަރަނީގެ މައްސަލަތައް ކޯޓުން ބަލައި ހިންގުމުގެ އޞު ލުތަކާއި އިޖުރާއަތުތަކާ ޚިލާފަށް ކަމަށް ޤަބޫލުކުރެވޭތީ ސިވިލް ކޯޓުގެ ނަންބަރު B5-CR-3/RVH/2019/04 ނިންމުން ބާޠިލްކަމަށް ކަނޑައަޅައި ސިވިލް ކޯޓުގެ ނަންބަރު 1950/Cv-C/2019 ތަންފީޛީ ޤަޟިއްޔާގެ ތެރެއިން ރަހުނު ވިއްކާލުމުގެ ހުއްދައިގެ އައު އަމުރެއް ނެރުމަށް ސިވިލް ކޯޓަށް ތަޙްވީލްކުރަނ ޖެހޭކަމަށް ދެކެމެވެ.

ފަނޑިޔާރު ޙަސަން ޝަފީޢުގެ ރައުޔު

21. ފަނޑިޔާރު މުޙައްމަދު ފައިޞަލްގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ފަނޑިޔާރު މުޙައްމަދު ސަލީމްގެ ރައުޔު

25. ފަނޑިޔާރު މުޙައްމަދު ފައިޞަލްގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

އިސްތިއުނާފުކުރުމުގެ އިޖުރާއަތު ބަޔާންކޮށްދިނުން

26. މި ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި ޙުކުމްކުރުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ޤަޟިއްޔާ އިސްތިއުނާފުކުރުމުގެ ޙައްޤު މައްސަލައިގެ ޚަސްމުންނަށް ލިބިގެންވެއެވެ. އާންމު އުޞޫލެއްގެ ގޮތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް މައްސަލަ އިސްތިއުނާފުކުރުމަށް ހުށަހެޅޭނީ ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމުން މިކަމުގައި ދެވޭ އިސްތިސްނާ މަދަނީ އިޖުރާއަތުގެ ޤާނޫނު (ޤާނޫނު ނަންބަރު 3233/23)ގެ 321 ވަނަ މާއްދާގެ (ރ) ގައި ބަޔާންކުރެއެވެ.

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

ޝަރީޢަތުގެ ވީޑިއޯ

ހައިކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޝެއަރ ކުރައްވާ