ސްޓޭޓް ބޭންކް އޮފް އިންޑިޔާ (މާލެ ބްރާންޗް) ވ. ދޮޅިޔަދޫ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް އަދި އިތުރު ބައެއް
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- ސިވިލް ކޯޓު 3962/Cv-C/2018
- ފަހުގެ ތާރީޚު
- ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް
ކޯ ޓާމްސް
ޚުލާޞާ
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ކުރިން ނިމިފައިވާ ޤަޟިއްޔާއެއްގެ ޙުކުމުގައި ރަހުނު ވިއްކާލުމުގެ ޙައްޤު ބަޔާން ނުކުރެވުނީ ލިޔުމުގެ ކުށަކުން ކަމަށް ބުނެ ހުށަހެޅި ދަޢުވާ ރެސް ޖުޑިކާޓާގެ ސަބަބުން ފައިޞަލާ ނުކުރެވޭނެކަމަށް ނިންމި ނިންމުން އިސްތިއުނާފުކުރުމުގައި، ކޯޓުތަކުގެ ޤާނޫނުގެ 43 ވަނަ މާއްދާގެ ދަށުން ޤާނޫނީ ބަހުސެއް ހުށަހެޅިފައިވޭތޯ.
ނިންމުން
ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައިއިސްތިއުނާފު ބާޠިލް (ޤާނޫނީ ބަހުސެއް ނެތުމުން މައުޟޫޢަށް ނުވަދެ ނިންމި)، ދަށުކޯޓުގެ ޙުކުމް ޤާއިމް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 އިންޞާފުވެރި ޝަރީޢަތަކަށް ހުރި ޙައްޤު (ޤާނޫނުއަސާސީގެ 42 ވަނަ މާއްދާ) ގެ ތެރޭގައި ދަށު މަރުޙަލާގެ ނިންމުމެއް އިސްތިއުނާފުކުރުމުގެ ޙައްޤު ހިމެނޭކަން ޤާނޫނުއަސާސީގެ 56 ވަނަ މާއްދާއިން ކަށަވަރުކޮށްދެއެވެ.
HN2 އިސްތިއުނާފެއް ބިނާވާންވާނީ ޤާނޫނީ ނުވަތަ ޝަރުޢީ އުޞޫލަކާ ޚިލާފަށް ހިނގާކަމެއްގެ މައްޗަށެވެ؛ ދަށުކޯޓުގެ ނިންމުމެއް ހައިކޯޓުގައި އިސްތިއުނާފުކުރެވޭނީ ކޯޓުތަކުގެ ޤާނޫނުގެ 43 ވަނަ މާއްދާގައިވާ ޙާލަތެއް މެދުވެރިވެގެންނެވެ. އިސްތިއުނާފުކުރުމުގެ ޙައްޤަކީ ތިން މަރުޙަލާގައި ތިން ފަހަރު އެއް މައްސަލަ އަލުން ބެލުމެއް ނޫން؛ ނިންމުމާމެދު ހަމައެކަނި ހިތްހަމަނުޖެހުމަކީ އިސްތިއުނާފުކުރެވޭ ޙާލަތެއް ނޫނެވެ.
HN3 ދަށުކޯޓުގެ ނިންމުމުގައި ކޯޓުތަކުގެ ޤާނޫނުގެ 43 ވަނަ މާއްދާގައިވާ ޙާލަތެއް އޮތްކަން ތަފްޞީލާއެކު ހާމަކޮށް، ޤާނޫނުގެ މާއްދާތަކާއި ޤާނޫނީ އުޞޫލުތަކުގެ އަލީގައި ސަބަބު ބަޔާންކުރުމަކީ އިސްތިއުނާފުކުރާ ފަރާތުގެ ޒިންމާއެކެވެ؛ ވަކީލެއްގެ އެހީ ހޯދާނަމަ އެއީ ވަކީލުގެވެސް ޒިންމާއެކެވެ.
HN4 ޤާނޫނީ ގޯހެއް ހަދާފައިވާކަމަށް، ހެކިތަކަށް ނުވަތަ ދައްކާފައިވާ ވާހަކަތަކަށް ރިޢާޔަތްނުކުރާކަމަށް، ޙައްޤު ގެއްލިފައިވާކަމަށް ނުވަތަ އިންޞާފަށް ހުރަސްއެޅިފައިވާކަމަށް ހަމައެކަނި ބުނުމަކުން 43 ވަނަ މާއްދާ ހުއްދަކުރާ މިންގަނޑަށް ނުފޯރެއެވެ؛ އެކަމުގައި އުފެދޭ ޤާނޫނީ ބަހުސަކީ ކޮބައިކަން އިސްތިއުނާފީ ނުކުތާގައި ސާފުކޮށް ބުނަންވާނެއެވެ.
HN5 ދަށުކޯޓުގައި ދެއްކި ހަމަ އެ ވާހަކަތައް ތަކުރާރުކޮށް، ނިންމުން ޝަރުޢީ ޤާނޫނީ އުޞޫލުތަކާ ޚިލާފުވީ ކިހިނެއްކަމާއި ޤާނޫނީ ބަހުސަކީ ކޮބައިކަން ބުނެނުދީ ހުށަހަޅާ އިސްތިއުނާފީ ނުކުތާއެއްގައި ޤާނޫނީ ބަހުސެއް ނެތްކަމަށް ބެލެވޭތީ، މައްސަލައިގެ މައުޟޫޢަށް ވަދެ ގޮތެއް ނިންމަންޖެހޭ ސަބަބެއް ނެތެވެ.
HN6 ކުރިން ނިމިފައިވާ ޤަޟިއްޔާއެއްގެ ޙުކުމު ތަންފީޛުކުރުމުގެ މަރުޙަލާގައި ފަރާތެއްގެ ޙައްޤަށް އުނިކަމެއް އަންނަ ގޮތަކަށް ތަންފީޛުކުރެވޭނަމަ، ޝަރީޢަތް މެދުވެރިކޮށް ޙައްލު ހޯދުމުގެ ދޮރު އެ ފަރާތަށް ބަންދުވެގެނެއް ނުދެއެވެ.
ވަކީލުންނާއި ފަނޑިޔާރުން
- ވަކީލުން
- —
- ބެންޗު
- މުޙައްމަދު ސަލީމް، ޙުސައިން މަޒީދު، ޙުޒައިފާ މުޙައްމަދު
- ރިޔާސަތު
- —
- ރައުޔު ލިޔުނު ފަނޑިޔާރު
- މުޙައްމަދު ސަލީމް
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.
ފަނޑިޔާރު މުޙައްމަދު ސަލީމުގެ ރައުޔު
މައްސަލައިގެ ތަޢާރުފު:
1މިއީ، ސިވިލް ކޯޓުގެ ނަންބަރު 3962/Cv-C/2018 ޤަޟިއްޔާ، އިސްތިއުނާފު ކުރުމަށް އެދި ސްޓޭޓް ބޭންކް އޮފް އިންޑިއާ (މާލޭ ބްރާންޗް) (މީގެ ފަހުން [ބޭންކް] ނުވަތަ [އިސްތިއުނާފުކުރާ ފަރާތް] ކަމަށް ބުނެފައިވާ) ފަރާތުން އެ ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުނަ ބެލުން ޤަޟިއްޔާއެކެވެ.
2މި ޤަޟިއްޔާގައި އިސްތިއުނާފީ ދަޢުވާ ރައްދުވާ ފަރާތްތަކަކީ ދޮޅިޔަދޫ އިންވެސްޓްމަންޓް ޕްރައިވެޓް 2 1 ލިމިޓެޑާއި ސ. މަރަދޫފޭދޫ / އަލަނާސިގެ، އަޙްމަދު ހަމްޒާ އާއި، ސ. މަރަދޫ ފޭދޫ / އަލަނާސިގެ، މުޙައްމަދު 5 4 3 ލަޠީފު އާއި، […] / މާލެ، ޢަބްދުﷲ ޢަލީ އާއި، ސ. މަރަދޫފޭދޫ / އަލަނާސިގެ، ޢަލީ ޝިޔާމް އާއި އަދި […] / މާލެ، އިބްރާހީމް ޖިހާދު (މީގެ ފަހުން [އިސްތިއުނާފ ރައްދުވު ފަރާތްތައް] ކަމަށް ބުނެފައިވާ) އެވެ. މައްސަލައިގައި ކަންހިނގާފައިވާގޮތް:
3ދޮޅިޔަދޫ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ގެ އެދުމަކަށް ސްޓޭޓް ބޭންކް އޮފް އިންޑއި (މާލެ ބްރާންޗް) އިން އެކި ފަހަރުމަތިން ދޫކުރެވިފައިވާ ލޯނު ފެސިލިޓީތައް ދޮޅިޔަދޫ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުން އެއްބަސްވެފައިވާ ގޮތަށް ލޯނުތައް އަދާކޮށްފައިނުވާތީ އެ ލޯނު ފެސިލިޓީތަކަށް ދައްކަންޖެހޭ ފައިސާ އާއި އިންޓްރެސްޓާއި ޖޫރިމަނާ އކެ އެއްފަހަރާ ލިބިގަތުމަށް ދޮޅިޔަދޫ އިންވެސްޓްމންޓ ޕްރައިވެޓް ލިމިޓެޑާއި، . ރަޖިސްޓްރީ ނަންބަރު 694/2005-C . އިސްތިއުނާފުކުރާ ސްޓޭޓް ބޭންކު އޮފް އިންޑިއާ (މާލޭ ބްރާންޗް) ގެ ފަރާތުން، އިސްތިއުނާފު ރައްދުވާ ފަރާތްތަކަށް ދެފަހަރެއްގެ މަތިން ދޫކޮށްފައިވާ US$10,000,000.00 (ދިހަ މިލައަން އެމެރިކާ ޑޮލަރު) ގެ ޓާރމް ލޯނަކާއި އަދި US$7,000,000.00 (ހަތްމިލިއަން އެމެރިކާ ޑޮލަރު) ގެ ޓޯރމް ލޯނަކާއި އަދި US$4,000,000.00 (ހަތަރު މިލިއަން އެމެރިކާ ޑޮލަރު) ގެ ލޯނަކާއި އަދި 38,400,000.00ރ. (ތިރީސ އަށްމިލިއަން ހަތަރުލައްކަ ރުފިޔާ) ގެ ލޯން. އަޙްމަދު ޙަމްޒާއާއި، މުޙައްމަދު ލަޠީފްއާއި، ޢަބްދް ﷲ ޢަލީއާއި، ޢަލީ ޝިޔާމްއާއި، އިބްރާހީމް ޖިހާދުގެ މައްޗަށ ސްޓޭޓް ބޭންކައޮފް އިންޑިއާ (މާލޭ ބްރާންޗް) ގެ ފަރާތުން ހުށަހެޅި މައްސަލަ ބ އްލަވައި ސިވިލް ކޯޓުން ނިންމި އެ ކޯޓުގު ނަންބަރ 26/Cv-C/2013 ޤަޟިއްޔާގެ ޙުކުމްގައި ދޫކުރިކަމަށް ސާބިތުވެފައިވާ ދެ ލޯނަށް ރަހުނުކުރެވިފައިވާ ދެ ރިސޯޓުގެ ތެރެއިން ފ. އަތޮޅު ފިލިތެޔޮ އައިލެންޑް ރިސޯޓުގެ މައްޗަށް ރަހުނު ހިފިފަރާތުގެ ހައިސިއްޔަތުން ސްޓޭޓް ބޭންކް އޮފް އިންޑއި (މާލެ ބްރާންޗް) ގެ ޙައްޤު ރަހުނު އެގްރީމަންޓް ނަންބަރު: 2008/22 ގެ ދަށުން ސާބިތުވިކަމަށ ޙުކުމުން ކަނޑައަޅުއްވާފައިވާއިރު ފިލިތެޔޮ އައިލެންޑް ރިސޯޓް، އިސްވެ ފާހަގަ ކުރެވުނު ދެ ލޯނަށް ރަހުނު ކުރެވިފައިވާކަމާއި، އަދި މި ރަހުނުވެސް ވިއްކާލުމުގެ ޙައްޤު ބޭންކަށް ލިބިގެންވާކަމަށް ކަނޑައަޅުއްވައ ދެއްވުން އެދި ދޮޅިޔަދޫ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑއާ އަޙްމަދު ޙަމްޒާއާއި، މުޙައްމަދު ލަޠީފްއާއި، ޢަބްދުﷲ ޢަލީއާއި، ޢަލީ ޝިޔާމްއާއި، އިބްރާހީމް ޖިހާދުގެ މައްޗަށް ދަޢުވާ ރައްދުވާ ގޮތަށް ސްޓޭޓް ބޭންކް އޮފް އިންޑއި (މާލެ ބްރާންޗް) ގެ ފަރާތުން، 27 ސެޕްޓެމްބަރ 2018 ދުވަހު، ސިވިލް ކޯޓަށް މައްސަލަ ހުށަހެޅިއެވެ. އެ މައްސަލަ ސިވިލް ކޯޓުގައި ބަލާފައިވަނީ އެކޯޓުގެ ނަންބަރު -3962/Cv C/2018 ޤަޟިއްޔާއިންނެވެ. ސިވިލް ކޯޓުން މައްސަލަ ނިންމިގޮތް:
4ސިވިލް ކޯޓުގެ ނަންބަރު 3962/Cv-C/2018 ޤަޟިއްޔާ ގައި ޙުކުމް ކުރައްވާފައިވަނީ، [ދެންފަހެ، މި މައްސަލައިގައިވާ ވަޤާއިޢުތަކަކީ ސިވިލް ކޯޓުގެ ނަންބަރު 26/Cv-C/2013 ޤަޟިއްޔާގެ ދަޢުވާ ބިނާކޮށްފައިވާ ވަޤާއިޢުތައްކަމަށްވުމާއި، މި ދަޢުވާގައި އެދިފައިވާ ކަމަކީ އެ ޤަޟިއްޔާގައިވެސް އެދިފައިވާ ކަމެއްކަމުގައިވާތީ، އެ ޤަޟިއްޔާގައި އެކަމާމެދު ފައޞިލާކޮށްފައިނުވާނަމަ އެކަމާމެދު ގޮތެއް ކަނޑައެޅުމަށްޓަކައި އިސްތިއުނާފުކުރުމުގެ ފުރުޞަތު ލިބި، އެފަދައިން ޢަމަލުކުރުމުގެ ބަދަލުގައި، ވަކި ޤަޟިއްޔާއެއްގައި އެކަމާމެދު ގޮތެއް ކަނޑައަޅައިދިނުމަށް އެ ދުމަކީ، ރެސް ޖުޑިކާޓާގެ މބަ ދައުއްން ފުރުޞަތު ދޭކަމެއްކަމުގައި ނުވާތީ، ސްޓޭޓް ބޭންކް އޮފް އިންޑއި (މާލެ ބްރާންޗް) އިން ހުށަހަޅާފައިވާ މި މައްސަލައާމެދު ޝަރީޢަތަށް ފައިޞަލާކޮށްދެވެން ނެތްކަމަށް ކަނޑައަޅައި، ޙުކުމްކޮށްފީމެވެ. ] މިފަދައިންކަން އެ ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ. އެ މައްސަލަ ސިވިލް ކޯޓުން ނިންމާފައިވަނީ، 2019 އޮގަސްޓް 7 ގައެވެ. އިސްތިއުނާފަށް ހުށަހެޅުން:
5ސިވިލް ކޯޓުގެ ނަންބަރު 3962/Cv-C/2018 ޤަޟިއްޔާ އެކޯޓުން ނިންމާފައިވަނީ ޝަރުޢީ ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ ސްޓޭޓް ބޭންކް އޮފް އިންޑިއާ ގެ ފަރާތުން އެ ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް އެދި 2019 ޑިސެމްބަރު 04 ގައި ހައިކޯޓަށް ހ ށަހެޅިއެވެ.
6ސްޓޭޓް ބޭންކް އޮފް އިންޑިއާ ގެ ފަރާތުން ހައިކޯޓަށް ހުށަހެޅި މައްސަލަ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 43A/-/HC2020 ޤަޟިއްޔާގެ ދަށުން މިކޯޓުގައި ރަޖިސްޓރް ކުރެވިފައިވަނީ، 10 ފެބްރުއަރީ 2020 ގައެވެ. އިސްތިއުނާފީ ނުކުތާތައް:
7ސިވިލް ކޯޓުގެ ނަންބަރު 3962/Cv-C/2018 ޤަޟިއްޔާ، އެ ކޯޓުން ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށްބުނެ، ސްޓޭޓް ބޭންކް އޮފް އިންޑިއގާ ފަރާތުން އެ ޤަޟިއްޔާ އިސްތިއުނާފުކުރުމަށް އަންނަނިވި ނުކުތާ ފާހަގަކޮށް އެ ނުކުތާއާމެދު ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. އިސްތިއުނާފީ ނުކުތާ:ސެންކްޝަނުސިޓ ނަންބަރ ADV/291 ގެ ދަށުން 4 މިލިއަން އެމެރިކާ ޑޮލަރު އަދި -/38,400,000 ދިވެހި ރުފިޔާ ދޫކޮށްފައިވަނީ [ދޮޅިއަދޫ ރިސޯޓު] ގެ ލީސްހޯލްޑް ޙައްޤުތަކުގެ އިތުރުން [ފިލިތެޔޮ އައިލެންޑް ރިސޯޓް] ގެ ލީސްހޯލްޑް ޙއްޤުތައްވެސް ރަހުނު ކުރުމަށް ފަހުގައަ ކަމަށްވާތީ، ލޯނު ނުދެއްކުމުގެ ސަބަބުން ރަހުނު ތަންފީޒު ކުރުމުގެ ގޮތުން ވިއްކާލުމުގެ ޙައްޤު ލިބިގެންވަނީ ސިވިލް ކޯޓުގެ ނަންބަރު 3962/Cv-C/2018 ޤަޟިއްޔާގެ ޙުކުމާ ހަމައެކަނި [ދޮޅިޔަދޫ ރިސޯޓް] ގ ލީސް ހޯލްޑި ޙައްޤުތައް ނޫންކަމާއް[ފިލިތެޔޮ އައިލެންޑް ރިސޯޓެ ] ގ ލޯ ސ ހަލްޑެ ޙައްޤުތައްވެސް ވިއްކާލުމުގީޙައްޤު ލިބިގެންވާކަމަށް އެދި ޝަރް ޢިތަށ މައްސަލް ހުށަހެޅުމަކީ ރެސް ޖުޑެ ކަޓާގްމޭބީ ދައު މިމައްސަލައަށް ތަޠްބީޤް ކުރެވު ނ ކަމެއްކަމަށް ނުވާތީ ސިވިލް ކޯޓުގެ ނަންބަރ -3962/Cv C/2018 ޤަޟިއްޔާ ގެ ޙުކުމް އިސްތިއުނާފު ކުރަމެވެ. އިސްތިއުނާފުކުރާ ފަރާތުން އެދގޮތޭ :
8ސިވިލް ކޯޓުގެ ނަންބަރު 3962/Cv-C/2018 ޤަޟިއްޔާ ގެ އިސްތިއުނާފުގައި ސްޓޭޓް ބޭންކް އޮފް އިންޑިއގާ ފަރާތުން އެދިފައިވަނީ، ސްޓޭޓް ބޭންކް އޮފް އިންޑިއާ (މާލޭ ބްރާންޗް) ގެ ސެންކްޝަން ސިޓީ ނަންބަރު ADV/291 އާއި ސެންކްޝަން ސިޓީ ނަންބަރު 196ADV/ ގެ ދަށުން 10 މިލިއަން އެމެރިކާ ޑޮލަރާއި -/38,400,00 ރުފިޔާ އަދި 4 މިލިއަން އެމެރިކާ ޑޮލަރު ދޫކޮށްފައިވަނީ ދޮޅިޔަދޫ އައިލެންޑް ރިސޯޓުގެ އިތުރުން ފިލިތެޔޮ އައިލެންޑް ރިސޯޓުގެ ލީސްހޯލްޑް ޙއްޤުތައަވެސ ސްޓޭޓް ބޭންކް އޮފް އިންޑއި އަށާ ރަހުނު ކުރުމަށްފަހު ކަމުގައިވާތީ ލޯނު ނުދެއްކުމުން ބޭންކަށް ލިބޭ ޙައްޤުތަކުގެ ތެރޭގައި ދޮޅިޔަދޫ އައިލެންޑް ރިސޯޓުގެ އިތުރުން ފިލިތެޔޮ އައިލެންޑް ރިސޯޓުގެ ލީސްހޯލްޑްގެ ލީސްހޯލްޑް ޙައްޤުތައް ވިއްކާލުމުގެ ޙައްޤު ހިމެނޭކަމަށް ކަނޑައަޅުއްވައި މައްސަލާގައި ޙުކުމް ކޮށްދެއްވުމވެ. ޝަރީޢަތަށް ފާހަގަކުރެވުނު ނުކުތާތައް:
9ސިވިލް ކޯޓުގެ ނަންބަރު 3962/Cv-C/2018 ޤަޟިއްޔާ އަށާއި، އެ ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް ސްޓޭޓް ބޭންކް އޮފް އިންޑިއާ ގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާއާ ށ އާ، އެ ނުކުތާއާ ގުޅިގެން ދެ ފަރާތނު ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާ ގުޅުންހުރި ލިޔެކިޔުންތަކުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނައި ބެލިއިރު، އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
10ދޮޅިޔަދޫ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްގެ އެދުމަކަށް ސްޓޭޓް ބޭންކް އޮފް އިންޑއި އިން އެކި ފަހަރުމަތިން ދޫކުރެވިފައިވާ ލޯނު ފެސިލިޓީތައް ދޮޅިޔަދޫ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުން އެއްބަސްވެފައިވާ ގޮތަށް ލޯނުތައް އަދާކޮށްފައިނުވާތީ އެ ލޯނު ފެސިލިޓީތަކަށް ދައްކަންޖެހޭ ފައިސާ އާއި އިންޓްރެސްޓާއި ޖޫރިމަނާ އެކީ އެއްފަހަރާ ލިބިގަތުމަށް ދޮޅިޔަދޫ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާއި، އަޙްމަދު ޙަމްޒާއާއި، މުޙައްމަދު ލަޠީފްއާއި، ޢަބްދުﷲ ޢަލީއާއި، ޢަލީ ޝިޔާމްއާއި، އިބްރާހީމް ޖިހާދުގެ މައްޗަށް ސްޓޭޓް ބޭންކް އޮފް އިންޑިއާ (މާލޭ ބްރާންޗް) ގެ ފަރާތުން ހުށަހެޅި މައްސަލަ ބައްލަވައި ސިވިލް ކޯޓުން ނިންމި އެކޯޓުގެ ނަންބަރު 26/Cv-C/2013 ޤަޟިއްޔާގެ ޙުކުމްގައި ދޫކުރިކަމަށް ސާބިތުވެފައިވާ ދެ ލޯނަށް ރަހުނުކުރެވިފައިވާ ދެ ރިސޯޓުގެ ތެރެއިން ފ. އަތޮޅު ފިލިތެޔޮ އައިލެންޑް ރިސޯޓުގެ މައްޗަށް ރަހުނު ހިފިފަރާތުގެ ހައިސިއްޔަތުން ސްޓޭޓް ބޭންކް އޮފް އިންޑިއާ (މާލެ ބްރާންޗް) ގެ ޙައްޤު ރަހުނު އެގްރީމަންޓް ނަންބަރު: 2008/22 ގެ ދަށުން ސާބިތުވިކަމަށ ޙުކުމުން ކަނޑައަޅުއްވާފައިވާއިރު ފިލިތެޔޮ އައިލެންޑް ރިސޯޓް، އިސްވެ ފާހަގަ ކުރެވުނު ދެ ލޯނަށް ރަހުނު ކުރެވިފައިވާކަމާއި، އަދި މި ރަހުނުވެސް ވިއްކާލުމުގެ ޙައްޤު ބޭންކަށް ލިބިގެންވާކަމަށް ކަނޑައަޅުއްވައި ދެއްވުން އެދި ދޮޅިޔަދޫ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާއި ސ. މަރަދޫފޭދޫ / އަލަނާސިގެ، އަޙްމަދު ހަމްޒާއާއި، ސ. މަރަދޫފޭދޫ / އަލަނާސިގެ، މުޙައްމަދު ލ ޠީފުއާއި، […] / މާލެ، ޢަބްދުﷲ ޢަލީއާއި، ސ. މަރަދޫފޭދޫ / އަލަނާސިގެ، ޢަލީ ޝިޔާމްއާއ އަދި […] / މާލެ، އިބްރާހީމް ޖިހާދގު މައްޗަށް ދަޢުވާ ރައްދުވާ ގޮތަށް ސްޓޭޓް ބޭންކް އޮފް އިންޑިއާގެ ފަރާތުން ސިވިލް ކޯޓުގައި ދަޢުވާ ކޮށްފައިވެއެވެ.
11ސްޓޭޓް ބޭންކް އޮފް އިންޑިއާ ގެ ފަރާތުން ހުށަހެޅި އިޝާރާތް ކުރެވުނު ދަޢުވާގެ ވަޤާއިޢުތަކަކީ ސިވިލް ކޯޓުގެ ނަންބަރު 26/Cv-C/2013 ޤަޟިއްޔާގެ ދަޢުވާ ބިނާކޮށްފައިވާ ވަޤާއިޢުތައް ކަމަށްވުމާއި، ސިވިލް ކޯޓުގެ ނަންބަރު 3962/Cv-C/2018 ޤަޟިއްޔާ ގައި އެދިފައިވާ ކަމަކީ ސިވިލް ކޯޓުގެ ނަންބަރު 26/Cv-C/2013 ޤަޟިއްޔާ ގައިވެސް އެދިފައިވާ ކަމެއްކަމުގައިވާތީ، ސިވިލް ކޯޓުގެ ނަންބަރު -26/Cv . އިސްތިއުނާފުކުރާ ސްޓޭޓް ބޭންކް އޮފް އިންޑިއާ (މާލޭ ބްރާންޗް) ގެ ފަރާތުން، އިސްތިއުނާފު ރައްދުވާ ފަރާތްތަކަށް ދެފަހަރެއްގެ މަތިން ދޫކޮށްފައިވާ US$10,000,000.00 (ދިހަ މިލައަން އެމެރިކާ ޑޮލަރު) ގެ ޓާރމް ލޯނަކާއި އަދި US$7,000,000.00 (ހަތްމިލިއަން އެމެރިކާ ޑޮލަރު) ގެ ޓޯރމް ލޯނަކާއި އަދި US$4,000,000.00 (ހަތަރު މިލިއަން އެމެރިކާ ޑޮލަރު) ގެ ލޯނަކާއި އަދި 38,400,000.00ރ. (ތިރީސް އަށްމިލިއަން ހަތަރުލައްކަ ރުފިޔާ) ގެ ލޯން. C/2013 ޤަޟިއްޔާ ގައި އެކަމާމެދު ފައިޞަލާކޮށްފައި ނުވާނަމަ އެކަމާމެދު ގޮތެއް ކަނޑައެޅުމަށްޓަކައި އިސްތިއުނާފުކުރުމުގެ ފުރުޞަތު ލިބި، އެފަދައިން ޢަމަލުކުރުމުގެ ބަދަލުގައި، ވަކި ޤަޟިއްޔާއެއްގައި އެކަމާމެދު ގޮތެއް ކަނޑައަޅައި ދިނުމަށް އެދުމަކީ، ރެސް ޖުޑިކާޓާގެ މަބްދައުއިން ފުރުޞަތު ދޭކަމެއްކަމުގައި ނުވާތީ، ސްޓޭޓާ ބޭންކް އޮފް އިންޑއި އިނާ ހުށަހެޅް މައްސަލައާމެދު ފައިޞަލާކޮށްދެވެން ނެތްކަމަށް ކަނޑައަޅައި، އިސްތިއުނާފު ކުރެވިފައިމިވާ ސިވިލް ކޯޓުގެ ނަންބަރު 3962/Cv-C/2018 ޤަޟިއްޔާ ގައި ޙުކުމް ކޮށްފައިވެއެވެ.
12[ސެންކްޝަން ސިޓީ ނަންބަރު ADV/291 ގެ ދަށުން 4 މިލިއަން އެމެރިކާ ޑޮލަރު އަދި -/38,400,000 ދިވެހި ރުފިޔާ ދޫކޮށްފައިވަނީ [ދޮޅިއަދޫ ރިސޯޓު] ގެ ލީސްހޯލްޑް ޙައްޤުތަކުގެ އިތުރުން [ފިލިތެޔޮ އައިލެންޑް ރިސޯޓް] ގެ ލީސްހޯލްޑް ޙައްޤުތައްވެސް ރަހުނު ކުރުމަށް ފަހުގައި ކަމަށްވާތީ، ލޯނު ނުދެއްކުމުގެ ސަބަބުން ރަހުނު ތަންފީޒު ކުރުމުގެ ގޮތުން ވިއްކާލުމުގެ ޙައްޤު ލިބިގެންވަނީ ހަމައެކަނި [ދޮޅިޔަދޫ ރިސޯޓު] ގެ ލީސް ހޯލްޑ ޙައްޤުތައް ނޫންކަމާއި [ފިލިތެޔޮ އައިލެންޑް ރިސޯޓް] ގެ ލީސްހޯލްޑް ޙައްޤުތައްވެސް ވިއްކާލުމުގެ ޙައްޤު ލިބިގެންވާކަމަށް އެދި ޝަރީޢަތަށް މައްސަލަ ހުށަހެޅުމަކީ ރެސް ޖުޑިކާޓާގެ މަބްދައު މިމައްސަލައަށް ތަޠްބީޤް ކުރެވޭނެ ކަމެއްކަމަށް ނުވާތީ ސިވިލް ކޯޓުގެ ނަންބަރު 3962/Cv-C/2018 ޤަޟިއްޔާ ގެ ޙުކުމް އިސްތިއުނާފް ކުރަމެވެ. ] މިފަދައިން ބަޔާންކޮށް، ސިވިލް ކޯޓުގެ ނަންބަރ -3962/Cv C/2018 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް ސްޓޭޓް ބޭންކް އޮފް އިންޑިއާ (މާލޭ ބްރާންޗް) ގެ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާގެ ރައްދުގައި، ޙވާލާދަ އިސްތިއުނާފީ ނުކުތާގައިވެސް އަދި އެ ނުކުތާގެ ތަފްޞީލުގައިވެސ ދަށް ކޯޓުގު ނިންމުން ޚިލާފުވާ ޤާނޫނީ އެއްވެސް އުޞޫލެއް ބަޔާންކޮށްފައި ނުވާކަމާއި، އިސްތިއުނާފީ ނުކުތާގައި އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާ ޤާނޫނީ ބަޙުޘެއް ސާފުވެގެން މެނުވީ އިސްތިއުނާފ ރައްދުވާ ފަރާތަށް އިސްތިއުނާފީ ރައްދު ބިނާ ނުކު ރެވޭނ ކަމަށެ ބުނެ، އނުކުތާއަށެ އިސްތިއުނާފ ރައްދުވާ ފަރާތްތަކުން، އިޖްރާއީ ނުކުތާއެއްގެ ގޮތުގައި އެކަން ފާހަގަކޮށް، އޭގެ ތަފްޞީލުގައި ވާހަކަ ދައްކާފައިވެއެވެ.
13HN1ކޮންމެ މީހަކަށްމެ އެމީހެއްގެ ޙައްޤުތަކާއި މަޞްލަޙަތު ޙިމާޔަތް ކުރުމަށްޓަކައި ޤާނޫނުން ލިބިދީފައިވާ ޢަދުލުވެރިކަމާއި އިންޞާފުވެރިކަމާއެކު ޝަރީޢަތްކުރެވުމުގެ ޙައްޤަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ އިތުރުން ތަހުޒީބުވެފައިވާ އެންމެހައި ދައުލަތްތަކުގެ ދުސްތޫރުތަކާއި، ކަމާބެހޭ ބައިނަލްއަޤްވާ މ މުއާޙަދާތަކުގައި ކަށަވަރުކޮށްދީފައިވާ ދުސްތޫރީ އަދި އަސާސީ ޙައްޤެއްކަމާއި، އެ ޙައްޤަށް ވާޞިލުވެވޭނީ ކަމާބެހޭ ކޯޓަކުން ކުރާ ފައިޞަލާކުރުވަނިވި ޙުކުމަކުން ކަމާއި، އެފަދަ ޙުކުމަކާ ހަމަޔަށް ވާޞިލުވުމަށްޓަކައި ޝަރުޢީ ނިޒާމުގެ ތެރޭގައި، ޚަޞްމުންނަށާއި ދަޢުވާގް އ ހިމެނި ފަރާތްތަކަށް ލިބިގެންވާ އިންޞާފުވެރި އިޖުރާއީ ޙައްޤުތަކެއްވާކަމާ، އަދި އެ ޙައްޤުތަކުގެ ތެރެއިން ދަށު މަރްޙަލާގ ކޯޓުގެ ނިންމުން ކަމާބެހޭ އިސްތިއުނާފީ ކޯޓެއްގައި އިސްތިއުނާފުކުރެވުމުގެ ޙައްޤަކީ ދުނިޔޭގެ އެންމެހައި ޤާނޫނީ ނިޒާމުތަކުނ ޤަބޫލުކުރާ ޢއްމ ޤާނޫނު މަބްދައެއްކަނ އެނގެން އޮންން ހިނދު، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 56 ވނ މާއްދާގަ ޞަރީޙަ ނައްޞުގައަ [ޖިނާއީ މައްސަލަތަކުގައާއި މަދަނީ މައްސަލަތަކުގައި އިއްވާ ޙުކުމްތަކާއި ނެރޭ ކޯޓުގެ އަމުރުތައް އިސްތިއުނާފަށް ހުށަހެޅުމުގެ ޙައްޤު، މައްސަލައާ ގުޅުންހުރި ކޮންމެ މީހަކަށްމެ ލިބިގެންވެއެވެ]. މިފަދައިން ބަޔާންކޮށް އެ މަބްދައު ކަށަވަރުކޮށްދީފއިވާކަނ އެނގެން އޮވެއެވެ.
14HN2އިސްތިއުނާފެއް ބިނާވާންވާނީ ޤާނޫނީ ނުވަތަ ޝަރުޢީ އުޞޫލަކާ ޚިލާފަށް ހިނގާކަމެއްގެ މައްޗަށެވެ. އިސްތިއުނާފު ރައްދުވާ ފަރާތްތަކުން ފާހަގަކޮށްފައިވާ ފަދައިން، ދަށު ކޯޓުން ނިންމާ ނިންމުމެއް، ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރެވޭނީ، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 43 ވަނަ މާއްދާގައިވާ ގޮތުގެ މަތިން އެމާއްދާގައި ބަޔާންކުރާ ހާލަތެއް މެދުވެރިވެގެންނެވެ. އިސްތިއުނާފު ކުރުމުގެ ޙައްޤު އޮތުމުގެ މާނައަކީ، ތިން މަރުހަލާގެ ކޯޓުތަކުން ތިން ފަހަރު އެއް މައްސަލައެއް އަލުން ބެލުމެއް ނޫނެވެ. އެއާ ޚިލާފަށް އިސްތިއުނާފު ކުރުމުގެ ޙައްޤު އުފަންވާނީ އެއް މަރުހަލާއިން މައްސަލައެއް ބެލުމުގެ ތެރޭގައި ޢަމަލުކޮށްފައިވަނީ ޤާނޫނާ ޚިލާފަށް ކަމަށް ޤަބޫލުކުރެވޭ ސަބަބުތަކެއްގެ މައްޗަށް ބިނާވެގެންނެވެ. ކޮންމެ މައްސަލައެއްވެސް ކާމިޔާބު ކުރާނީ މައްސަލައިގެ އެއްފަރާތެވެ. މައްސަލައެއް ކާމިޔާބު ނުވާ ފަރާތް އެނާއަށ މައްސަލް ކާމިޔާބުނުވިކަމާމެދު ހިތްހަމަނުޖެހުމަކީ އެއްވެސ ޝައްކެއް އޮތްކަމެއް ނ ނެވެ.
15ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ ދަށުން، ދިވެހިރާއްޖޭ ގެ ޝަރުޢީ ނިޒާމު ހަމަޖެހިފައި އޮތްގޮތުން، މައްސަލައެއް ނިމޭ ގޮތަކާ މެދު ހަމައެކަނި ހިތްހަމަ ނުޖެހިގެން އެފަދަ މައްސަލައެއް އިސްތިއުނާފު ކުރުމަށް ތަންނުދެއެވެ. އެހެނ އިސްތިއުނާފީ މަރުހަލާއަކީ، މައްސަލްނާކާމިޔާބުވެފަރާތުގެ ހިތުގައި އޮތ ނުތަނަވަސްކަމާއ އަދި އެފަރާތުގެ ޝުޢޫރުތަކާ ޖަޒުބާތުތައްހާމަކުރަނ އޮތް މަރުހަލާއެއް ނޫނެވެ. މައްސަލައެއް އިސްތިއުނާފު ކުރެވޭނީ އިސްތިއުނާފުކުރުމަށް ޤާނޫނުގައި ބަޔާންކޮށްފައިވާ ފަދަ ސަބަބެއް މެދުވެރި ވެގެންނެވެ.
16ދިވެހި ރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 43 ވަނަ މާއްދާގައި ދަށު ކޯޓުގެ ނުވަތަ ޓްރައިބިނަލްގެ ނިންމުމެއް ހައިކޯޓުގައި އިސްތިއުނާފުކުރެވޭނެ ހާލަތްތައް ބަޔާންކޮށްފައިވެއެވެ. އެގޮތުން، އެ މާއްދާގައި އޮންނަނީ، [މި ޤނޫނުގާ 38 ވަނަ މާއްދާއާއި، 39 ވަނަ މއްދާގައާ ބަޔާންކޮށްފައިވާފަދަ ޙުކުމްތަކާއި ނިންމުންތައް ހައިކޯޓުގައި އިސްތިއުނާފުކުރެވޭނީ އަންނަނިވި ޙާލަތްތަކުގައެވެ.
(ހ) އިސްތިއުނާފުކުރަން ހުށަހަޅާ ޙު ކުމީ ނުވާ ތ ނިންމުން ބިނާކުރެވިފައިވަން ޤަ ނޫނާ ހިލާފަށްކަމަށ ގަބޫލުކުރެވޭނެ ސަބަބުތަކެއް ހުރުން ނުވަތު ޤާ ނޫން ތޠަ ބ ޤކުރުމުގައި ނުވަތުޤނޫނާ މާނަކުރުމުގައި ކުށެއް ހެދިފައިވާކަމަށް ގަބޫލުކުރެވޭނެ ކަންކަން ހުރުން.
(ށ) ޙަ ކުމުގ ނުވަތެ ނިންމުމުގެ ކުރިއަށް އައި އިޖުރާއަތެއްގައި ހިމެނުނު އަންނަނިވި ބާވަތްތަކުންކުރ ބާވުތެއްގ އައިބެއްގެ ސަބަބުން އ ޙްކުމަށ ނުވަތާ ނިންމުމަށި އަސަރު ފޯރުވި އިޖުރާއަތަކީ ބ ޠް ލ އިޖުރާއަތެއް ކަމުގައިވުން.
1. އަޑުއެހުން ބޭއްވުމަށް ޤާނޫނުގައި ކަނޑައެޅިފައިވާ ގޮތާ ޚލާފުވުނި .
2. ޙު ކުމްކުރ ނުވަތި ނިންމުން ނިންމި ފަނޑިޔާރަކީ ނުވަތަ ނިޔާވެރިއަކީ އެ މައްސަލައެއް ބެލުމަށް ޝަރުޢީ ނުވަތަ ޤާނޫނާ ގޮތުން ހުރަސްއަޅާފަދަ ސަބަބެއް މެދުވެރިވެފައިވާ ފަނޑިޔާރަކު ނުވަތަ ނިޔާވެރިއަކު ކަމުގައިވުން.
3. ޙު ކުމުގައ ނުވަތި ނިންމުމުގައި ޙު ކުމް ކުރި ނުވަތަ ނިންމުން ނިންމި ފަނޑިޔާރު ނުވަތަ ނިޔާވެރިޔާގެ ސޮއި ނެތުން.
4. ޙު ކުމުގ ނުވަތެ ނިންމުމުގެ ސަބަބުތައް ބަޔާންވެފައި ނެތުން. ] މިފަދައިންނެވެ.
17HN3ބަޔާންވެދިޔަ މާއްދާއަށް ބެލުމުން އެނގޭކަމަކީ، ދަށު ކޯޓުގެ ޙުކުމްތަކާއި ޓްރައިބިއުނަލްތަކުގެ ނިންމުންތައް އިސްތިއުނާފުކުރެވޭނީ ވަކި ޙާލަތްތަކެއްގައި ކަމެވެ. އެހެންކަމުން، ދަށު ކޯޓެއްގެ ޙުކުމެއް ނުވަތަ ޓްރައިބިއުނަލެއްގެ ނިންމުމަކާމެދު ހިތްހަމަނުޖެހުމަކީ އެ ޙުކުމެއް ނުވަތަ އެ ނިންމުމެއް އިސްތިއުނާފު ކުރެވިދާނެ ޙާލަތެއް ނޫންކަން ވަރަށް ސާފުކޮށް އެނގެއެވެ. އަދި ދަށު ކޯޓުގެ ނުވަތަ ޓްރައިބިއުނަލްގެ ނިންމުން އޮތީ ޤާނޫނާ ޚިލާފަށް ކަމަށް ބުނުމަކުން ހަމައެކަނި ނުފުދެއެވެ. ދަށު ކޯޓުގެ ނުވަތަ ޓްރައިބިއުނަލްގެ ނިންމުން ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 43 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޙާލަތްތަކުން ކުރެ ޙާލަތެއް އޮތްކަން އެކަމުގެ ތަފްޞީލާއެކު ހާމަކޮށްދިނުމަކީ އިސްތިއުނާފުކުރާ ފަރާތުގެ ޒިންމާއެކެވެ. އެކަން ބަޔާންކޮށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޢިމާދު ޔޫސުފް ވ. ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔގާ ފާހަގަކުރެވުނު ނުކުތާތުކެގެ 14 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވަނީ، [ހައިކޯޓަށް އިސްތިއުނާފު މައްސަލަ ހުށަހެޅުމުގައި، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު ގައި ބަޔާންކޮށްފައިވާ ޙާލަތެއް އޮތްނަމަ، އެކަނ ހާމަކޮށް ހުށަހެޅުމަކީ އިސްތިއުނާފު ކުރާ ފަރާތުގެ ޒިންމާއެކެވެ. އެ ހެނީ، ޤާނޫނެއްގެ މާއްދާއަކަށް ޙަ ވާލާދީ، ޖުމްލަ ގޮތެއްގައި ދަށު ކޯޓުގެ ނިންމުން ގޯސްކަމަށް ބުނުމަކުން، އެ ފަރާތުން އިސްތިއުނާފު ކުރުމުގައި އުފުލަންޖެހޭ މަސްއޫލިއްޔަތު އަދާކޮށް ނިމުނީއެއް ނޫނެވެ. ދަށު ކޯޓުގެ ނިންމުން ރަނގަޅު ނޫންކަމުގައި ބުނާނަމަ، އެފަދައިން ބުނާ ސަބަބު، ޤާނޫނުތަކުގެ މާއްދާ އަދި ޤާނޫނީ އުސޫލުތަކުގެ އަލީގައި ބަޔާންކުރުމަކީ މައްސަލައެއް އިސްތިއުނާފު ކުރަން ހުށަހަޅާ ފަރާތުގެ މަސްއޫލިއްޔަތެކެވެ. އެއީ ފަރުދެއް، މުއައްސަސާއެއް ނވަތު ޤާނޫނަ ޝަޚްސަކަށް ވީނަމަވެސް މެއެވެ. އަދި ވަކިން ޚާއްސަކޮށް، އިސްތިއުނާފު ކުރަން ހުށަހަޅާ ފަރާތުން ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދާނަމަ، މި މިންގަނޑަށް ކަންކުރުމަކީ ޤާނޫނީ ވަކީލުގެ ޒިންމާއެއްވެސް މެއެވެ. ]
18HN4ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤނޫނުގާ 43 ވަނަ މާއްދާއަށް ބަލާއިރު، މައްސަލަބަލާ ފަނޑިޔާރު ޤާނޫނާ ގޮތުން ގޯހެއް ހަދާފައިވާ ކަމަށް ހަމައެކަނި ބުނާ ބުނުމަކުން ނުވަތަ ރިއާޔަތްކުރަންޖެހޭ މިންވަރަށް . ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/09 ޤަޟިއްޔާ ހެކިތަކަށްރް ޢްޔަތްކޮށްފަނުވާކަމަށް ބުނާބުނުމަކުން، ނުވަތަ ތިމަންނަގެ ފަރާތުނިދައްކާފައިވާ ވާހަކަތަކަށް ރިޢާޔަތްކޮށްފައި ނުވާކަމަށް ބުނާބުނުމަކުން އެ މައްސަލަ ހައިކޯޓުގައު އެ އިސްތިއުނާފުކެ ރަން ދިވެހިރާއްޖޭގ ކޯޓުތަކުގެ ޤނޫނުގ 43 ވަނަ މާއްދާއިން ހުއްދަކުރާ މިންގަނޑަށް ވާސިލުނުވެވެއެވެ. ދަށު ކޯޓުން މައްސަލަ ނިންމަވާފައިވަނީ ތިމަންނަގެ ޙައްޤު ގެއްލޭގޮތަށް ކަމަށް ހަމައެކަނި ބުނާބުނުމަކުން ނުވަތަ ޢަދުލު އިންސާފަށަ ހުރަސްއެޅޭގޮތަށް ކަމަށް ހަމައެކަނި ބުނާ ބުނުމަކުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކުރަން ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤނޫނުގާ 43 ވަނަ މާއްދާއިން ހުއްދަކުރާ މިންގަނޑަށް ވާސިލުނުވެވެއެވެ. ޤާނޫނީ ގޮތުން ގޯހެއް ހަދާފައިވާ ކަމަށް ހަމަ އެކަނި ބުނާ ބުނުމުގެ ނުވަތަ ރިޢާޔަތްކުރަންޖެހޭ މިންވަރަށް ހެކިތަކަށް ރ ޢޔަތްކޮށްފައާ ނުވާކަމަށް ބުނާބުނުމުގެ ނުވަތަ ތިމަންނަގެ ފަރާތުން ދައްކާފައިވާ ވާހަކަތަކަށް ރ ޢޔަތްކޮށްފައި ނުވާކާ މަށް ބުނަ ބުނުމަށްވުރެ ނުވަތަ ޙއަޤތު އ ގެއްލިފައިވާ ކަމަށް ބުނާބުނުމުގަ ނުވަތެ އިންސާފަށް ހުރަސް އެޅިފައިވާ ކަމަށް ބުނާބުނުން ސާފުކޮށް ދިނުމަކީ އިސްތިއުނާފުކުރާ ފަރާތުގެ ޒިންމާއެކެވެ. ޤާނޫނީ ގޮތުން ގޯހެއް ހަދާފައިވާ ކަމަށް ބުނާނަމަ ނުވަތަރި ޢޔަތްކުރަންޖެހޭ މިންވަރަށް ހެކިތަކަށާ ރިއާޔަތްކޮށްފައި ނުވާކަމަށް ބުނާނަމަ ނުވަތަ ތިމަންނަގެ ފަރާތު ން ދައްކާފައިވާ ވާހަކަތަކަށް ރިޢާޔަތްކޮށްފައި ނުވާކަމަށް ބުނާނަމަ ނުވަތަ ޙއަ ޤްތައް ގެއްލިފައިވާ ކަމަށް ބުނާނަމަ ނުވަތަ އިންސާފަށް ހުރަސް އެޅިފައިވާ ކަމަށް ބުނާނަމަ އެކަމުގައި އުފެދޭ ޤާނޫނީ ބަހުސަކީ ކޮބައިކަން އެ ނުކުތާގައި އިސްތިއުނާފުކުރާ ފަރާތުން ސާފުކޮށް ބުނަންވާނެއެވެ. ސްޓޭޓް ބޭންކް އޮފް އިންޑިއާގެ އިސްތިއުނާފީ ޝަކުވާ:
19އިސްތިއުނާފު ކުރެވިފައިމިވާ ސިވިލް ކޯޓުގެ ނަންބަރު 3962/Cv-C/2018 ޤަޟިއްޔާ އެކޯޓަށް ހުށަހަޅަން ޖެހުނީ، ސިވިލް ކޯޓުގެ ނަންބަރު 26/Cv-C/2013 ޤޟަ އްޔާގައި، ސްޓޭޓް ބޭންކް އޮފް އިންޑިއގާ ފަރާތުން އެދަޢުވާގައި އެދިފައިވާ ފަދައިން، އިސްތިއުނާފު ރައްދުވާ ފަރާތްތަކުން ނަގާފައިވާ ލޯނުތަކަށް، އެއްބަސްވެފައިވާ ގޮތުގެ މަތިން ފައިސާ ދައްކަމުން ނުދާތީ، ލޯނާއި ގުޅިގެން ބޭންކްގައި ރަހުނު ކުރެވިފައިވާ [ދޮޅިއަދޫ ރިސޯޓު] ގެ ލީސްހޯލްޑް ޙައްޤުތަކުގެ އިތުރުން [ފިލިތެޔޮ އައިލެންޑް ރިސޯޓް] ގެ ލީސްހޯލްޑް ޙައްޤުތައް ވިއްކާލުމުގެ ޙައްޤު ބޭންކަށް ލިބިގެންވާ ކަމަށް ކަނޑައަޅައި ދިނުމަށް ކަމަށްވެފައި، އެޤަޟިއްޔާގައ އެދަޢުވާގައި ބަޔާންކަ ރ ލޯނުތަކަށް އެއްބަސްވެފައިވާ ގޮތުގެމަތިން ފްއިސާ ނދު އްކާތީ ބޭންކަގައި ރަހުނު ކުރެވިފައިވ އިސްވާ ބަޔާނވެދިޔް[ދޮޅިއަދޫ ރިސޯޓު] ގެ ލީސް ހޯލްޑެރައިޓްސް ވިއްކާލުމުގެ ޙައްޤު ބޭންކަށް ލިބިގެންވި ކަމަށާ ބަޔާންކޮށް، އަދި އިޤަޟިއްޔާގެ ޙުކުމުގައަ ސެންކްޝަން ސުޓީ ނަންބަރ ADV/196 އަށް ހަވާލާދީ، [ފިލިތެޔޮ އައިލެންޑް ރިސޯޓް] ގެ ލީސްހޯލްޑް ރައިޓްސް ވިއްކާލުމުގެ ޙައްޤު ބޭންކަށް ލިބިގެންވާ ކަން ސާފުކޮށް ބަޔާންކޮފައި ނުވާތީ، އެއީ ލިޔުމުގެ ކުށެއްކަމަށް ޤަބޫލުކުރެވޭތީ، ރަހުނު ތަންފީޛުކުރާ ޙލަތުގައާ އެކަމުގެ ސަބަބުން ނުކުމެދާނެ ނުރަނގަޅު ނަތީޖާއަކުން އެއްކިބާވުމުގެ ގޮތުން، ސިވިލް ކޯޓަށް ހުށަހެޅި ދަޢުވާއެއްކަން އެދަޢުވާގެ ސީޣާއާއި އަދި އެ މައްސަލައާއި ގުޅިގެން އިސްތިއުނާފުކުރާ ފަރާތުން ދައްކާފައިވާ ވާހަކަތަކުން އެނގެއެވެ.
20އިސްވެ ބަޔާންކުރެވުނު ގޮތުގެ މަތިން، ސްޓޭޓް ބޭންކް އޮފް އިންޑިއާ ގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި ދަޢުވާގައި އެކޯޓުން ޙުކުމް ކޮށްފައި ވަނީ، މި ރިޕޯޓުގެ 04 ވަނަ ނަންބަރގައު ކުރިން އިސްވެ ބަޔާންކޮށްފައިވާ ފަދައިން، ސްޓޭޓް ބޭންކް އޮފް އިންޑިއާ ގެ ފަރާތުން ހުށަހެޅި ދަޢުވާގައި އެދިފައިވާ ކަމަކީ، އެ ކޯޓުގެ ނަންބަރު 26/Cv-C/2013 ޤަޟިއްޔާގައިވެސް އެދިފައިވާ ކަމެއްކަން އެނގެން އޮންނައިރު، ބޭންކްގެ ފަރާތުން ފާހަގަކުރާ ކަންކަމާމެދު ސިވިލް ކޯޓުގެ ނަންބަރު 26/Cv-C/2013 ޤަޟިއްޔާ ގައި ފައިޞަލާކޮށްފައި ނުވާނަމަ އެ ނިންމުން އިސްތިއުނާފުކުރުމުގެ ފުރުޞަތު ލިބި، އެ ފަދައިން ޢަމަލުކުރުމުގެ ބަދަލުގައި، ވަކި ޤަޟިއްޔާއެއްގައި އެކަމާމެދު ގޮތެއް ކަނޑައަޅައި ދިނުމަށް އެދުމަކީ، ރެސް ޖުޑިކާޓާގެ މަބްދައުއިން ފުރުޞަތު ދޭކަމެއްކަމުގައި ނުވާތީ، ސްޓޭޓް ބޭންކް އޮފް އިންޑއި އިނާ ހުށަހެޅް މައްސަލައާމެދު ފައިޞަލާކޮށްދެވެން ނެތްކަމަށް ކަނޑައަޅައި، އެގޮތުގެ މަތިންނެވެ.
21ސްޓޭޓް ބޭންކް އޮފް އިންޑިއާގެ ފަރާތުން، ސިވިލް ކޯޓުގެ ނަންބަރު 3962/Cv-C/2018 ޤަޟިއްޔާ އިސްތިއުނާފަށް ހުށަހަޅާފައިވަނީ އެންމެ ނުކުތާއެއްގެ މައްޗަށް ބިނާކޮށެ ވެ. އެނުކުތާގައިވަނީ، [ސެންކްޝަން ސިޓީ ނަންބަރު ADV/291ގެ ދަށުން 4 މިލިއަން އެމެރިކާ ޑޮލަރު އަދި -/38,400,000 ދިވެހި ރުފިޔާ ދޫކޮށްފައިވަނީ [ދޮޅިއަދޫ ރިސޯޓު] ގެ ލީސްހޯލްޑް ޙައްޤުތަކުގެ އިތުރުން [ފިލިތެޔޮ އައިލެންޑް ރިސޯޓް] ގެ ލީސްހޯލްޑް ޙައްޤުތައްވެސް ރަހުނު ކުރުމަށް ފަހުގައި ކަމަށްވާތީ، ލޯނު ނުދެއްކުމުގެ ސަބް ބުނީ ރަހުނު ތަންފީޒު ކުރުމުގު ގޮތުނެ ވިއްކާލުމުގެ ޙައްޤު ލިބިގެންވަނީ ހަމައެކަނި [ދޮޅިޔަދޫ ރިސޯޓު] ގެ ލީސް ހޯލްޑ ޙައްޤުތައް ނޫންކަމާއި [ފިލިތެޔޮ އައިލެންޑް ރިސޯޓް] ގެ ލީސްހޯލްޑް ޙައްޤުތައްވެސް ވިއްކާލުމުގެ ޙައްޤު ލިބިގެންވާކަމަށް އެދި ޝަރީޢަތަށް މައްސަލްހުށަހެޅުމަކީ ރެސް ޖުޑިކާޓާގެ މަބްދައު މ މައްސަލައަށް ތަޠްބީޤު ކުރެވޭނެ ކަމެއްކަމަށް ނުވާތީ ސިވިލް ކޯޓުގެ ނަންބަރ 3962/Cv-C/2018 ޤަޟިއްޔާ ގެ ޙުކުމް އިސްތިއުނާފު ކުރަމެވެ. ] މިފަދައިންނެވެ. ހަވާލާދޭ ނުކުތާގެ ތަފްޞީލުގައި އިސްތިއުނާފުކުރާ ފަރާތުން ފާހަގަކޮށްފައިވަނީ، [ސިވިލ ކޯޓުގް ނަންބަރ 26/Cv-C/2013 ޤޟަ އްޔާގެ ދ ށުނ ސްޓޭޓް ބޭންކް އޮފް އިންޑއި (މާލޭ ބްރާންޗް) ގެ ފަރާތުން ދަޢުވާ ކޮށްފައިވަނީ ދެފަހަރެއްގެ މަތިން ދޫކުރެވުނު ތިން ލޯނަކަށް އެމައްސަލާގައި ދަޢުވާލިބުނު ފަރާތްތަކުން އެއްބަސްވިގޮތަށް ފައިސާ ދައްކާފައިނުވާތީ ބޭންކަށް ލިބެންޖެހޭ ފައިސާ ހޯދުމަށާއި ލޯނުތަކަށް ރަހުނުކޮށްފައިވާ ދެ ރިސޯޓުގެ ލިސްހޯލްޑް ޙައްޤުތައް ވިއްކާލުމުގެ ޙައްޤު ބޭންކަށް ލިބިގެންވާކަމަށް ކަނޑައަލުއްވައިދެއްވުމަށްކަމާއި، މިގޮތުން؛ ސެންކްޝަން ސިޓީ ނަންބަރު ADV/196 ގެ ދަށުން ދޫކުރެވުނު 10 މިލިއަން އެމެރިކާ ޑޮލަރު ދޫކުރެވިފައިވަނީ ދޮޅިޔަދޫ ރިސޯޓުގެ ލިސްހޯލްޑް ޙައްޤުތައް ބޭންކަށް ރަހުނު ކުރުމަށްފަހުއެވެ. ސެންކްޝަން ސިޓީ ނަންބަރު ADV/291 ގެ ދަށުން 4 މިލިއަން އެމެރިކާ ޑޮލަރު އަދި -/38,400,000 ދިވެހި ރުފިޔާ ދޫކޮށްފައިވަނީ ދޮޅިޔަދޫ ރިސޯޓުގެ އިތުރުން ފިލިތެޔޮ އައިލެންޑް ރިސޯޓުގެ ލިސްހޯލްޑް ޙައްޤުތައްވެސް ބޭންކަށް ރަހުނު ކުރުމަށް ފަހުގައިކަމާއި؛ ސިވިލް ކޯޓުގެ ނަންބަރު 26/Cv-C/2013 ޤޟަ އްޔާގި ޙުކުމު ކުރެއްވިއިރު ޙކުމުގައު ދޮޅިޔަދޫ ރިސޯޓުގެ ލިސްހޯލްޑް ޙައްޤުތައް ވިއްކާލުމުގެ ޙައްޤު ލިބިގެންވާކަމަށް ބަޔާންކުރައްވައި، ފިލިތެޔޮ އައިލެންޑް ރިސޯޓުގެ ލިސްހޯލްޑް ޙައްޤުތަކުގެ ވާހަކަ ބަޔާންކުރައްވާފައިނުވަނީ ލިއުމުގެ ކުށަކުންކަމަށ ބޭންކަށް ޤަބޫލް ކުރެވޭ ކަމާއި، ސަބަބަކީ ޙުކުމުގައި ސެންކްޝަން ސިޓީ ނަންބަރު ADV/291 ގެ ދަށުން 4 މިލިއަން އެމެރިކާ ޑޮލަރު އަދި -/38,400,000 ދިވެހި ރުފިޔާގެ ލޯނަށް ހަވާލާދެއްވާފައިވާއިރު ހަމައެކަނި ދޮޅިޔަދޫ ރިސޯޓުގެ ރަހުނުގެ ވާހަކަ ޙުކުމުގައި ބަޔާންކުރައްވާފައިނުވާތީއެވ. ފިލިތެޔޮ އައިލެންޑް ރިސޯޓުގެ ލީސްހޯލްޑް ޙައްޤުތައް ތަންފީޒް ކުރުމުގެ ޙައްޤު ބޭންކަށް ގެއްލިގެން ދިޔަކަމަށް ބޭންކްން ޤަބޫލެއް ނުކުރަމެވެ. ސަބަބަކީ ހަމަ އެ ޙުކުމުގައި ސެންކްޝަން ސިޓީ ނަންބަރު ADV/291 އަށް ހަވާލާދެއްވާފައި ވާތީއާއި؛ ސިވިލް ކޯޓުގެ ނަންބަރު 26/Cv-C/2013 ޤަޟިއްޔގާ ޙުކުމާމެދު ހިތް ހަމަނުޖެހިގެން ދަޢު ވާލިބޭ ފަރާތްތަކުން އެމައްސަލައގި ޙުކުމް އިސްތިއުނާފު ކުރުމުން ހައިކޯޓުގެ ނަންބަރު 2015/HC-A/163 ޤަޟިއްޔާ އިން ޙުކުމް ކުރެއްވީވެސް ބޭންކާއި އެއްކޮޅަށް، ސިވިލް ކޯޓުގެ ޙުކުމް ރަނގަޅު ކަމަށެވެ. ހައިކޯޓގު ޙުކުމުގައިވެސް ސެންކްޝަން ސިޓީ ނަންބަރު ADV/291 އަށް ހަވާލާދެއްވާފައިވެއެވެ. ވީމާ ފިލިތެޔޮ އައިލެންޑް ރިސޯޓުގެ ލިސްހޯލްޑް ޙައްޤުތައް ރަހުނު ކޮށްފައިވާކަމަށް ހައިކޯޓުންވެސް ތާއީދު ކޮށްފައިވާކަމާއި؛ ފިލިތެޔޮ އައިލެންޑް ރިސޯޓުގެ ލިސްހޯލްޑް ޙުއްޤުތައް ވިއްކާލުމުގެ ވާހަކަ ޙް ކުމުގިއި ސަރީހަ ބަހުން ބަޔާންކުރައްވާފައްނުވުމަކީ (އެއީ ދޮޅިޔަދޫ އައިލެންޑް ރިސޯޓުގެ ލިސްހޯލްޑ ހައްޤުތައް ވިއްކާލުމުގެ ވާހަކަ ސަރީހަ ބަހުން ބަޔާން ކުރައްވާފައިވާހިނދަ) މައްސަލެ އުގުޙަކުމ ތަންފީޒް ކުރުމުގެ މަރި ޙް ލާގައި ދަތިތަކެއް ކުރިމަތި ވެދާނެކަމެއް ކަމަށުޤަބޫލޭކުރެވިގެނ އެކަން ބަޔާންކޮށް ސިވިލް ކޯޓަށް ހުށަހެޅް މައްސަލައަކީ މިހާރު އިސްތިއުނާފ މިކުރެވޭ ސިވިލް ކޯޓުގެ ނަންބަރ 3962/Cv-C/2018 ޤަޟިއްޔާ ކަމާއި؛ އިސްވެ ބަޔާންކޮށްފައިވާ ކަންކަން އެފަދައިން ހުރުމުން އަދި ސިވިލް ކޯޓުގެ ނަންބަރު 26/Cv-C/2013 ޤަޟިއް ޔާ ގެ ޙުކުމުގައި ފިލިތެޔޮ އައިލެންޑް ރިސޯޓުގެ ލިސްހޯލްޑް ޙައްޤުތައް ވިއްކާލުމުގެ ޙައްޤު ބޭންކަށް ލިބިގެންވާކަމަށް ސަރީހަބަހުން ބަޔާންކުރައްވާފައި ނެތުމަކީ ލިއުމުގެ ކުށެއްކަމަށް ބެލެވޭތީ، ސެންކްޝަން ސިޓީ ނަންބަރު ADV/196އާއި ADV/291 ގެ ދަށުން ދޮޅިޔަދޫ އައިލެންޑް ރިސޯޓުގެ އިތުރުން ފިލިތެޔޮ އައިލެންޑް ރިސޯޓުގެ ލީސްހޯލްޑް ޙައްޤުތައް ވިއްކާލުމުގެ ޙައްޤުވެސް ބޭންކަށް ލިބިގެންވާކަމަށް ކަނޑައަޅުއްވައި ދެއްވުން އެދި ސިވިލް ކޯޓުގެ ނަންބަރު 3962/Cv-C/2018 ޤަޟިއްޔާގެ ޙުކުމް އިސްތިއުނާފު ކުރަމެވެ.] މިފަދައިންނެވެ.
22HN5ސިވިލް ކޯޓުގެ ނަންބަރު 3962/Cv-C/2018 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ސްޓޭޓް ބޭންކް އޮފް އިންޑިއގާ ފރާތުނަ ހުށަހަޅާފައިވް އިސްތިއުނާފީ ނުކުތާގެ ތަފްޞީލުގައި ފާހަގަކޮށްފައިވާ އިސްވެ ބަޔާންކުރެވުނު ކަންކަމަކީ، ދަށު ކޯޓުގައިވެސް ބޭންކުން ފާހަގަކޮށްފައިވާ ކަންކަމެވެ. ދެމަރުހަލާގައިވެސް ބޭންކުން ދައްކާފައިވަނީ ހަމަ އެއްވާހކަ ތަކެކެވެ.
23އިސްތިއުނާފަށް ހުށަހެޅިފައިވާ ނުކުތާއަށް ބަލާއިރު، އެނުކުތާއަކީ، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 43 ވަނަ މާއްދގާ (ހ) ގައި ބަޔާންކުރާ ފަދަ ޙާލަތެއް އޮތްކަމަށް ދެކިގެން އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާފައިވާ ނުކުތާއެއްކަމުގައި ބެލެވެއެވެ. ސަބަބަކީ، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 43 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ ފަދަ އެއްވެސް ޙާލަތެއް އޮތްކަމަށް އިސްތިއުނާފީ ނުކުތާގަޔާއި އެނުކުތާގެ ތަފްޞީލުގައިވެސް ބަޔާންކޮށްފައި ނެތަތީއެވެ. އަދި އެނުކުތާގައި އިސްތިއުނާފުކުރާ ފަރާތުން މަސައްކަތް ކޮށްފައިވަނީ ޤާނޫނީ ބަހުސެއްގެ ދޮރުހުޅުވުމަށްކަމަށް ބަލެވޭތީއެވެ. ދަށު ކޯޓުގެ ނިންމުން ޝަރުޢީ ޤާނޫނީ އުޞޫލުތަކާ ޚިލާފުވެފައިވަނީ ކިހެނެއް ކޮން ގޮތަކުން ކަން އަދި އެކަމުގައި އޮތް ޤާނޫނީ ބަހުސަކީ ކޮބައިކަން އިސްތިއުނާފުކުރާ ފަރާތަށް ބުނެދެވިފައެއު ނުވެއެވެ.
24HN6އިސްތިއުނާފުކުރާ ފަރާތުން ހަވާލާދޭ ސިވިލް ކޯޓުގެ ނަންބަރު 26/Cv-C/2013 ޤަޟިއްޔާ ނިމުނުތާ 03 (ތިނެއް) އަހަރު ދުވަހަށްވުރެ ގިނަ ދުވަސްފަހުން، އެޤަޟިއްޔާގެ ޙުކުމުގައި އޮތް ލިޔުމުގެ ކުށެއްކަމަށް ދެކި، އަދި އެޤަޟިއްޔާގައި ބަޔާންކުރާ ރަހުނު ތަންފީޛުކުރުމުގެ މަރުޙަލާގައި، ފިލިތެޔޮ އައިލެންޑް ރިސޯޓުގެ ލިސްހޯލްޑް ޙައްޤުތައް ވިއްކާލުމުގައި، ބޭންކްގެ ޙައްޤަށް އުނިކަން އަންނަ ފަދައަކުން ޙުކުމް ތަންފީޛުކުރވޭނަމަ، ޝަރީޢަތް މެދުވެރިކޮށް އެކަމަށް ހައްލު ހޯދުމުގެ ދޮރު ސްޓޭޓް ބޭންކް އޮފް އިންޑިއާ އަށް ގެއްލިގެން ދާނެކަމަށް އަހުރެން ނުދެކެމެވެ. މައްސަލަ ނިންމަން ފެންނަ ގޮތް:
25ސިވިލް ކޯޓުގެ ނަންބަރު 3962/Cv-C/2018 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް ސްޓޭޓް ބޭންކް އޮފް އިންޑިއާ ގެ ފަރާތުން ހުށަހެޅި އިސްތިއުނާފީ ނުކުތާއާއި އޭގެ ތަފްޞީލުގައި ފާހަގަކޮށްފައިވާ ކަންކަމަށް ބަލާއިރު، ޤާނޫނީ ބަހުސެއް އޮތްކަމަށް ބެލެވެން ނެތަތީ، މައްސަލައިގެ މައުޟޫޢުގެ މައްޗަށް ގޮތް ނިންމަންޖެހޭ ސަބަބެއް ނެތްކަމަށް ކަނޑައަޅައި މައްސަލަ ނިންމަން ފެނެއެވެ. N0 N--0 ::r::u ~ M I "'".\ '\ :}'" o~'"",l "\~\ ':\ ~ ..,,\ "°' "'\'\ ~} ''\ 0\"\"\'"i ~~ ""i'\ ""IC) ,l "\\ C)"i\ "'\ "\ ,,, \ '"' \ ,l C) \ ~\0 "i '\\i '\ '; <H \ :\ "i "i '\ '\ '\ '\ \ \ \ \ \ "'".\ '\ :}'" o,\ "I\~'' \~"';"\~\ ':\ '; '\ ..,\ \ "~"'\'\ ~} ''\ 0\"\"\'"i ~~ ""i'\ ""ICl'\ ,l "\\ C)"i\ "'\ "\ ,,, \ '"' \ ,l C) \ N r- "i \i '\ '; <H\ :\ "i "i '\ '\ '\ '\ . \ \ \ \ \ 01\"~"'; I C)~"'\"\"\ o~'\ ""I"\l(")""i ot_,\~ot.,\~ "\"°' "\"~ot._,,,\Q \ "~\ ,,"~"\ "\"O..."\"~\")\\'':\"°' C)r ~~ ~~ '\ "i "I \ \ ~ \ \\ ot., C)'\l<"\ C)~ot_,~& oa,~a,ol o,\ "\"~ "'\,,""i C)r ,,,C)"i \~ M0\I.D----N u ----u N0 ,......;00"\\Qot., ,,""I"11.J~~0\ "i <H "i '- '\ \ \ ·L > I °' L \ \ \ \ ''\""i C)r C)~l(~C) ,,\\ ~\ C)"i\ ""I''\"~"\ ,,,""i C)r''°' \ \\'\\\ ,,"\ 0\"\\~~ ""I '-"'~~ ''\OQ ~,\~ '\ '\~ \ \ "i·\, '\ '\i \ "i,:'.\ \ \ \ ""I~ C)"i''\ .... \'\'"i\ \~ o,\ \~oi_"\ C)"i"&\Q,l ~,\\:"I ~\"'\)ot.,\ C)~ C) l<"I ~\ C)"i\ ""I""i~1 ""i\ ""I~°' ~~ '\) \,~' ~\ <H\ '\ \i '\ \ '\ '\ \ · "~"'\ o,l(~C)'\"~"'; ot_,"~\\ C) ""IC)\"\ ,,, \ "& ,,,C)"i \~ \")"11.J~~\\\ :'.\~ \ "i "i <H \ :\ \, l '\ "i \ \ \ \ \ \ "~C) "~" '\\Q ,, C)"i \~ \i '\ '; "i ' l '\ \ \ \ ~ ~ , "\\ o"i-,\ ~ 1', \ "';•\'"\ ':\ Cl'\ ,l "\\ C)"i\ "'\ "\\\' \ "\ \ ot., ,l" "\ ,,, \ '\ '; ... "i \I \ \i '\ '; <H \ :\ \Ii'\ "i '; <H \ :\ \ \ \ \ ~,l i~'--- MM :£'Stc=:: ..•l :~".:MN V)0 N°' . .-~~ ."'I.I.,,, ~' .~ ·~'' " ->•" \ X\'\, ,•I., i.. ("f') " 'I-~ - •i...,i.. "" ' \.,,, , •a.,~ ~\ \ \ "'I~'I.I.,"\\,.~ ' · \, ' -~,l .,"" ,.8 · \"" ~ ~ ~ .,;:· -CO..c:u0~ t ~0 >; > ·- C: @):Eco..c:8 ~t ~0> ~> . ,;;; ,. ' \
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާ
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 56 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 43 ވަނަ މާއްދާ (ހ) އަދި (ށ)
- ސުޕްރީމް ކޯޓުގެ 2019/SC-A/09 (ޢިމާދު ޔޫސުފް ވ. ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް)
ޝަރީޢަތުގެ ވީޑިއޯ
ހައިކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.