ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
2021/HC-A/010

މޫސާ ނަސީމް ވ. މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ ޕވޓ ލޓޑ

ސިވިލް ކޯޓުގެ ނިންމުމަށް ބަދަލުގެނެސް، މައްސަލަ ބެލުމުގެ އިޚްތިޞާޞް…
ފަހުގެ ޙުކުމަކުން ތަފާތުކޮށްފައިޙުކުމުގެ ހާލަތު
ހައިކޯޓު · 31 މާރިޗު 2021ދަށު ކޯޓު: ސިވިލް ކޯޓު 1380/Cv-C/2020ބާވަތް: މަދަނީ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
ސިވިލް ކޯޓު 1380/Cv-C/2020
ފަހުގެ ތާރީޚު
ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް

ކޯ ޓާމްސް

ޚުލާޞާ

ކޯޓަށް އައި ގޮތް
ސިވިލް ކޯޓުން، 6 ވަނަ އިޞްލާޙާއެކު ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 34 ވަނަ މާއްދާގެ ފަރާތްތައް އިސްތިސްނާވަނީ 32، 37، ވަޒީފާއާބެހޭ ޤާނޫނުގެ 38 ވަނަ މާއްދާއިން ކަމަށްވާތީ، މައްސަލަ ބެލުމަށް ކުރިން ލިބިފައިވާ އިޚްތިޞާޞް ގެއްލިފައިވާކަމަށް ޙުކުމްކުރިއެވެ.
ވާޤިޢާ
ހިންގުމުގެ އިސްމަޤާމެއްގައި ހުރި މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުން ޓްރައިބިއުނަލަށް ހުށަހެޅިއިރު، ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 34 ވަނަ މާއްދާއިން އިސްތިސްނާވާ ފަރާތެއްކަމަށް ބަލައި ޓްރައިބިއުނަލުން މައްސަލަ ބަލައިނުގަތެވެ. ދެން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ބަލަމުންދަނިކޮށް 22 ސެޕްޓެމްބަރު 2020 ގައި ވަޒީފާއާބެހޭ ޤާނޫނުގެ 6 ވަނަ އިޞްލާޙު ތަންފީޒުވިއެވެ.
ކޯޓުން ނިންމަން ޖެހުނު ސުވާލު
ވަޒީފާއާބެހޭ ޤާނޫނުގެ 34 ވަނަ މާއްދާއިން އިސްތިސްނާކުރެވޭ މުވައްޒަފެއްގެ ވަކިކުރުމުގެ މައްސަލަ ސިވިލް ކޯޓުގައި ބަލަމުންދަނިކޮށް، ވަޒީފާއާބެހޭ ޤާނޫނަށް ގެނެވުނު 6 ވަނަ އިޞްލާޙުން ޓްރައިބިއުނަލަށް އިޚްތިޞާޞް ދިނުމުން، ސިވިލް ކޯޓުގެ އިޚްތިޞާޞް ގެއްލޭތޯ (އިޞްލާޙު ރަޖުޢީކޮށް ތަޠްބީޤުކުރެވޭތޯ).
ޚަޞްމުންގެ ހުށަހެޅުންތައް
އިސްތިއުނާފުކުރި ފަރާތް ބުނީ ނިންމުމަކީ ރެޓްރޯސްޕެކްޓިވް ނިންމުމެއް ކަމަށާއި، ޤާނޫނުއަސާސީގެ 59، 42، 43 ވަނަ މާއްދާއާއި ކޯޓުތަކުގެ ޤާނޫނާ ޚިލާފު ކަމަށާއި، ޓްރައިބިއުނަލުގައި 3 މަސް ފަހަނައަޅާފައިވާތީ އިންޞާފު ހޯދުމުގެ ފުރުޞަތު ގެއްލުނު ކަމަށެވެ.
ކޯޓުގެ ސަބަބުތައް
6 ވަނަ އިޞްލާޙުގައި ރަޖުޢީކޮށް ތަޠްބީޤުވާނެކަމަށް ބަޔާންކޮށްފައި ނުވާއިރު، ވަކިކުރިއިރު އިޚްތިޞާޞް ލިބިފައިވަނީ ސިވިލް ކޯޓަށެވެ. އިޞްލާޙު ރަޖުޢީކޮށް ތަޠްބީޤުކުރުމުން 3 މަސްދުވަސް ފަހަނައެޅި އިންޞާފުގެ ދޮރު ބަންދުވާތީ، 2014/SC-A/41 އާއި 2009/HC-A/203 ގެ އުޞޫލުން ސިވިލް ކޯޓަށް އިޚްތިޞާޞް ލިބިގެންވެއެވެ.

ނިންމުން

ސިވިލް ކޯޓުގެ ނިންމުމަށް ބަދަލުގެނެސް، މައްސަލަ ބެލުމުގެ އިޚްތިޞާޞް…

ސިވިލް ކޯޓުގެ ނިންމުމަށް ބަދަލުގެނެސް، މައްސަލަ ބެލުމުގެ އިޚްތިޞާޞް ސިވިލް ކޯޓަށް ލިބިގެންވާކަމަށް ކަނޑައެޅި

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

HN1 ވަޒީފާއާބެހޭ ޤާނޫނަށް 6 ވަނަ އިޞްލާޙު ގެނައުމުގެ ކުރިން، އެ ޤާނޫނުގެ 34 ވަނަ މާއްދާއިން 4 ވަނަ ބާބުން އިސްތިސްނާކުރެވިފައިވާ ފަރާތެއް ވަޒީފާއިން ވަކިކުރުމުގެ މައްސަލަތައް ބެލުމުގެ އިޚްތިޞާޞް ލިބިފައި އޮތީ ސިވިލް ކޯޓަށެވެ.

HN2 ޤާނޫނަކީ ކުރިއަށް ހިނގާ އެއްޗެކެވެ؛ ޤާނޫނުގައި ޞަރީޙަ ބަހުން އިސްތިސްނާކޮށްފައިވާ ޙާލަތެއްގައި މެނުވީ، ފަހުން ހަދާ ޤާނޫނެއްގެ އަސަރު ނުވަތަ ބުރަ އެ ޤާނޫނު ހެދުމުގެ ކުރިން ހިނގާފައިވާ ޙާދިސާއެއްގެ މައްޗަށް ނުހިނގާނެއެވެ.

HN3 ޤާނޫނަށް ގެނެވޭ އިޞްލާޙެއް ރަޖުޢީކޮށް ތަޠްބީޤުކުރުމުގެ ސަބަބުން އިންޞާފު ހޯދުމަށް ޝަކުވާ ހުށަހެޅުމަށް އޮތް ދޮރު ބަންދުވާނަމަ، އިންޞާފު ޤާއިމުކުރުމަށް ކޯޓުތަކުގެ ދޮރު ހުޅުވާލަން ޖެހެއެވެ.

HN4 ކުރިން ސިވިލް ކޯޓުގައި ވަކި މުއްދަތެއްގެ ތެރޭ ހުށަހަޅަން ލާޒިމްނުވާ މައްސަލައެއް، ވަކިކުރިތާ 3 މަސްދުވަހުގެ ތެރޭ ޓްރައިބިއުނަލަށް ހުށަހަޅަންޖެހޭ ގޮތަށް އިޞްލާޙު ރަޖުޢީކޮށް ތަޠްބީޤުކޮށް ސިވިލް ކޯޓުގެ އިޚްތިޞާޞް ނެތްކަމަށް ކަނޑައެޅުމަކީ އިންޞާފު ހޯދުމުގެ ފުރުޞަތު ބަންދުކޮށް ފަރާތަކަށް ބުރައެއް އުފުލަންޖެހޭ ގޮތް ހެދުމެއް ކަމުން، އެގޮތަށް އިޞްލާޙު ތަޠްބީޤުނުކުރެވޭނެއެވެ.

ވަކީލުންނާއި ފަނޑިޔާރުން

ވަކީލުން
—
ބެންޗު
ޢަލީ ސަމީރު، ޢަބްދުﷲ ޙަމީދު، ޙުސައިން ޝަހީދު
ރިޔާސަތު
—
ރައުޔު ލިޔުނު ފަނޑިޔާރު
ޢަލީ ސަމީރު · ތާއީދުކުރެއްވީ: ޢަބްދުﷲ ޙަމީދު، ޙުސައިން ޝަހީދު
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.

1މިއީ، ސިވިލް ކޯޓުގެ ނަންބަރު 1380/Cv-C/2020 ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއެއްގޮތް ނުވާކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފު ކޮށްދިނުން އެދި ލ.ގަން، މުކުރިމަގު/ ނޫވިލާގެ މޫސާ ނަސީމގް ފރާތުނަ ދިވެހިރާ އްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ ޤަޟިއްޔާއެކެވެ. މިޤަޟިއްޔާގައ އިސްތިއުނާފި ރައްދުވާ ފަރާތަކީ މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްއެވެ.

2މޫސާ ނަސީމް މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ގައި އަދާކުރަމުންދިޔަ ވަޒީފާއިން ވަކިކޮށްފައިވާތީ، މޫސާ ނަސީމް ވަޒީފާއިން ވަކިކޮށްފައިވަނީ ޤާނޫނާ ޚިލާފަށް ކަމަށް ކަނޑައަޅައި ދިނުމަށްއެދި މޫސާ ނަސީމްގެ ފަރާތުން މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ މައްޗަށް ރައްދުވާ ގޮތަށް ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ޝަކުވާ ހުށަހެޅިއެވެ.

3މޫސާ ނަސީމަކީ، ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު) ގެ 34 ވަނަ މާއްދާގެ (ހ) ގެ 5 ވަނަ ނަންބަރުގެ ދަށުން އިސްތިސްނާކުރެވޭ މުވައްޒަފެއްކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ބުރަވެވޭތީ، މޫސާ ނަސީމް ހުށަހެޅި މައްސަލައަކީ ވަޒީފާއާބެހޭ ޓްރައިބިއުނަލުގައި ކުރިއަށް ގެންދެވިދާނެ މައްސަލައެއް ނޫންކަމަށް ކަނޑައަޅާފައިވާކަން ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު VTR/IJ/2020/45-200 " އިޖުރާއީ ގޮތުން ނިންމި ގޮތް" އަށް ބެލުމުން އެނގެއެވެ.

4މޫސާ ނަސީމް ހުށަހެޅި މައްސަލައަކީ، ވަޒީފާ އާބެހޭ ޓްރައިބިއުނަލުން ބެލެން ނެތް މައްސަލައެއްކަމަށް، އެ ޓްރައިބިއުނަލުން ނިންމުމުން މި މައްސަލަ މޫސާ ނަސީމްގެ ފަރާތުން ހުށަހަޅާފައިވަނީ ސިވިލް ކޯޓަށެވެ. އެ މައްސަލަ ސިވިލް ކޯޓުން ބަލައިގަނެ އެ ކޯޓުގެ ނަންބަރު 1380/Cv-C/2020 ޤަޟިއްޔާއިން އެ މައްސަލަ ބަލަ ން ފެށުނެވެ. ސިވިލް ކޯޓުގެ ނަންބަރު 1380/Cv-C/2020 ޤަޟިއްޔާ ގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށް ބަލާއިރު، އެއީ މޫސާ ނަސީމް މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ވަޒީފާގައި ހުއްޓާ، އެއްވެސް ނސަޙަތެއް، އިންޒާރެއް އަދި ސަބަބެއް އެންގުމަކާ ނުލައި، އަދި ވަޒީފާއިން ވަކިކުރުމުގެ ކުރިން ފުރިހަމަކުރަންޖެހޭ މއުޟޫޢަ އަދި އިޖުރއާ ޢަދުލުވެރިކަން ޤާއިމްނުކޮށް، ޖަވާބުދރީވާނާ ފުރުޞަތުނުދީ ވަޒީފާއިނވަކިކޮށްފައިވާތީ، މޫސާ ނަސީމް ވަޒީފާއިން ވަކިކޮށްފައިވަނީ ޤާނޫނާ ޚިލާފަށް ކަމަށް ކަނޑައަޅައިދިނުމަށާއި، ވަޒީފާއަށް އަލުން އަނބުރާ އިޢާދަކުރާ ދުވަހާ ހަމައަށް މުސާރައާއި، ޢިނާޔަތްތައް ދިނުމަށާއި، ވަޒީފާއިން ވަކިކުރުމާ ގުޅިގެން ލިބިފައިވާ އެންމެހައި ގެއްލުމުގެ ބަދަލު ހޯދުމަށް އެދި މޫސާ ނަސީމްގެ ފަރާތުން މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ދަޢުވާ ކރުމުނު ބެލެވުނު މައްސަލައެއްކަން އެނގެއެވެ.

5މޫސާ ނަސީމްގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުގެ ނަންބަރު 1380/Cv-C/2020 ޤަޟިއްޔާގައި ބަލަމުން ދަނިކޮށް، 22 ސެޕްޓެމްބަރ 2020 މި ތާރީޚުގައި ވަޒީފާއާބެހޭ ޤާނޫނަށް ގެނެވުނު 06 ވަނަ އޞިލާޙަށ ޢަމަލުކުރަން ފެށުނެވެ. ޤާނޫނު ނަންބަރު 2020/22 އިން ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނ) އަށް ގެނެވުނު 06 ވަނަ އޞި ލާޙުގައ ބުނި ގޮތުން، އެ ޤާނޫނުގެ 4 ވަނަ ބާބުގެ ތެރޭގައި ހިމެނޭ މާއްދާތަކުން ވަޒީފާއާބެހޭ ޤާނޫނުގެ 34 ވަނަ މާއްދާގައި ބުނާ ފަރާތްތަކަށް އިސްތިސްނާ ލިބިގެންވަނީ ވަޒީފާއާބެހޭ ޤާނޫނުގެ 32 ވަނަ މާއްދާއާއި 37 ވަނަ މާއްދާއާއި އަދި 38 ވަނަ މާއްދާއަށެވެ. ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު) އަށް 6 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނުގެ 9 ވަނަ މާއްދާ. މިހެންކަމުން ވަޒީފާއާބެހް ޤާނޫނަށް ފަހުން ގެނެވުނު އެ ޞި ލާޙުގެ ދަށުން ވަޒީފާއާބެހޭ ޤާނޫނުގެ 28 ވަނަ މާއްދާ އިސްތިސްނާ ކުރެވިފައި ނެތުމުން، ވަޒީފާއާބެހޭ ޤާނޫނުގެ 34 ވަނަ މާއްދާގައި ހިމެނޭ ފަރާތްތަކުގެ މައްސަލަތައް ބެލުމުގެ އިޚްތޞާޞި ވަޒީފާއާބެހް ޓްރައިބިއުނަލަށް، ފަހުން ގެނެވުނު އިޞްލާޙުގެ ދަށުން ލިބިގެން ދިޔައެވެ.

6ވަޒީފާއާބެހޭ ޤާނޫނަށް ގެނެވުނު 06 ވަނަ އިޞްލާޙުގެ މައްޗަށް ރިޢާޔަތްކޮށް، މޫސާ ނަސީމްގެ ފަރާތުން ހުށަހެޅި މައްސަލައަކީ ސިވިލް ކޯޓުން އެ މައްސަލަ ބެލުމަށް އޮތް އިޚްތޞާޞި ގެއްލިފައިވާ މައްސަލައެއްކަމުގައި ކަނޑައަޅައި ސިވިލް ކޯޓުން ޙުކުމް ކޮށްފައިވެއެވެ. އިސްތިއުނާފު ކުރެވިފައިމިވ ސިވިލް ކޯޓުގެ ނަންބަރު 1380/Cv-C/2020 ޤަޟިއްޔާގައި އެ ކޯޓުން ޙުކުމް ކުރައްވާފައިވަނީ، " ދެންފަހެ، ބުނެވިދިޔަ ކަންކަން އެގޮތުގައި ހުރުމާއެކު، މުކުރިމަގު. ނޫވިލާގެ، މޫސާ ނަސީމްގެ ފަރާތުން މޯލްޑިވްސް ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ދަޢުވާކޮށް ހުށައަޅާފައިވާ މި މައްސަލަ މިކޯޓުގައި ކުރިއަށް ދަނިކޮށް، ޤާނޫނު ނަންބަރު 20082/ (ވަޒީފާއާބެހޭ ޤާނޫނު) އަށް ގެނެވުނު 06 ވަނަ އިޞްލާޙު (ޤާނޫނު ނަންބަރު 22/2020) އިން ވަޒީފާއާބެހޭ ޤާނޫނުގެ 34 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަރާތްތައް އެޤާނޫނުގެ 04 ވަނަ ބާބުގައިވާ މާއްދާތަކުން އިސްތިސްނާވާނޭކަމަށް ބަޔާންކޮށްފައި އޮތް އޮތުން ނިމުމަކަށް އައިސް، އެ ފަރާތްތައް އިސްތިސްނާވާނީ ވަޒީފާއާބެހޭ ޤާނޫނުގެ 32 ވަނަ މާއްދާއާއި، 37 ވަނަ މާއްދާއާއި، 38 ވަނަ މާއްދާއިންކަމަށް ކަނޑައެޅިގެންވުމާއެކު، މި މައްސަލަ މިކޯޓުގައި ބަލައި ކުރިއަށް ގެންދިއުމަށް މިކޯޓަށް ކުރިން ލިބިފައި އޮތް އިޚްތިޞާޞް މިހާރު ގެއްލިފައިވާކަމަށް ކަނޑައަޅައި، މިގޮތުގެ މަތީން ޙުކުމްކޮށްފީމެވ" އިސްތިއުނާފީ ނުކުތާތައް

7ސިވިލް ކޯޓު ގެ ނަންބަރު 1380/Cv-C/2020 ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއެއްގޮތް ނުވާކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފު ކޮށްދިނުނއެދް މޫސާ ނަސީމގް ފަރާތުން 30 (ތިނެއް) ނުކުތި ހުށަހަޅާ އެނުކުތް ތަކާއި ބެހޭގޮތުން ދިވެހިރާއަ ޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. އެގޮތުން ހުށަހަޅާފައިވާ ނުކުތާތަކަކީ،

7.1- މިމައްސަލަ ސިވިލް ކޯޓަށް ނުބެލޭނެ ކަމަށް ނިންމާފައިވަނީ ސިވިލް ކޯޓަށް މިމައްސަލަ ހުށަހަޅާފައި ވަނިކޮށް ޤާނޫނަށް އައި ބަދަލަކުން ސިވިލް ކޯޓުގައި މިމައްސަލަ ބެލުމުގެ އިޚްތިޞާޞް ގެއްލިއްޖެ ކަމަށ ނިންމުމަކީ ރެޓްރޯސްޕެކްޓިވް ނިންމުމެއްކަމާއި، އެނިންމުން ޤާނޫނުއަސާސީގެ 59 ވަނަ މާއްދާގެ ރޫޙާ ޚިލާފުވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.

7.2- މިމައްސަލަ ސިވިލް ކޯޓުން ނުބެލޭނެ ކަމަށް މައްސަލަ މ އަޟޫޢީ ގޮތުން ބެލުމަކާ ނުލާ ވަގުތީ އަމުރެއްގެ ތެރެއިން އަދި މައްސަލަ ރައްދުވި ފަރާތުން އިޖުރާއީ ގޮތުން އެއްވެސް ކަމެއް ފާހަގަ ކޮށްފައި ނުވާ ޙާލަތެއްގައި ޝަރީޢަތުން އަމިއްލައަށް އިސްނެންގެވުމާއެކު ނިންމާފައިވަނީ ކޯޓުތަކުގެ ޤާނޫނުގައި ސިވިލ ކޯޓުގެ އިޚްތިޞާޞް ލިބިފައިވާ މައްސަލަތައް ބަޔާންކޮށްފައިވާ އެޤާނޫނުގެ 57 ވަނަ މާއްދާގައި ބަޔާންކުރާ ޖަދުވަލު 1 ގެ 13 އާއި 27 އާއި އެޤާނޫނުގެ 70 ވަނަ މާއްދާއާއި ވެސް ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.

7.3- މިމައްސަލަ ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ހުށަހެޅުމުން، މިމައްސަލައަކ 3 މަސް ފަހުން ހުށަހެޅި މައްސަލައެއް ކަމުގައި ބުނެ އެތަނުންވެސް މިމައްސަލަ ރަޖިސްޓްރީ ކޮށްދީފައި ނުވާތީ، ސިވިލް ކޯޓުގެ މި ނިންމުމަކީ ޢަދުލު އިންޞާފު ހޯދު މަށް އިސްތިއުނާފު ކުރާ ފަރާތަށް އޮތް ފުރުޞަތު ގެއްލިގެން ދިޔަ ކަމެއް ކަމުގައި ވެފައި އެކަމަކީ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާ އާއި 43 ވަނަ މާއްދާއާއި ޚިލާފު ނިންމުމެއްކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ. ވަޒީފާއާބެހޭ ޤާނޫނުގެ 34 ވަނަ މާއްދާ ކުރިން އޮތްގޮތާއި އެ މާއްދާއަށް ފަހުން ގެނެވުނު އޞި ލާޙް

8HN1ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު) ގެ 34 ވަނަ މާއްދާއަކީ، ވަޒީފާއާބެހޭ ޤާނޫނުގެ ހަތަރުވަނަ ބާބުގައި ބަޔާންކޮށްފައިވާ މާއްދާތަކުން އިސްތިސްނާކުރެވިފައިވާ ފަރާތްތައް ބަޔާންކޮށްދޭ މާއްދާއެކެވެ. މި ގޮތުން އެ މާއްދާގައި ބުނާ ފަރާތްތައް، މިސާލަކަށް ކުއްލި ޙާލަތްތަކުގައި މަސައްކަތްކުރާ މީހުންނާއި، ކަނޑުދަތުރުކުރާ އުޅަނދު ނުވަތަ މަތިންދާ ބޯޓުގައި މަސައްކަތްކުރާ މީހުންނަކީ، ވަޒީފާއާބެހޭ ޤާނޫނުގެ 04 ވަނަ ބާބުގައި ބަޔާންކޮށްފައިވާ ކަންތައްތަކުން އިސްތިސްނާ ލިބިގެންވާ ފަރާތްތަކެއްކަން އެ މާއްދާ އޮތްގޮތަށް ބެލުމުން އެނގެއެވެ. އިސްތިސްނާ ލިބިގެންވާ ބުނެވުނު ފަރާތްތަކުގެ ތެރޭގައި ހިންގުމުގެ އިސް މަޤާ މުތަކުގައ ތިބި މީހުންވެސް ހިމެނެއެވެ. މި ފަރާތްތައް ވަޒީފާއާބެހޭ ޤާނޫނުގެ 4 ވަނަ ބާބުން އިސްތިސްނާ ކޮށްފައި އޮތްއޮތުމުގެ ނަތީޖާއެއްގެ ގޮތުން މިފަދަ މީހަކު ވަޒީފާއިން ވަކިކޮށްގެން އެކަމުގެ ޝަކުވާ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅޭގޮތެއް ނުވެއެވެ. އަދި މިފަދަ މީހަކު ވަޒީފާއާބެހޭ ޓްރައިބިއުނަލަށް މައްސަލައެއް ހުށަހެޅި ކަމުގައިވިޔަސް އެފަދަ މައްސަލައެއް އެ ޓްރައިބިއުނަލަށް ބެލުމުގެ އިޚްތޞާޞި ނެތްކަމުގައި ކަނޑައަޅައެވެ. މިހެންކަމުން ވަޒީފާއާބެހޭ ޤާނޫނަށް 06 ވަނަ އޞި ލާޙް ގެނައުމުގެ ކުރިން ވަޒީފާއާބެހޭ ޤާނޫނުގެ 34 ވަނަ މާއްދާއިން އިސްތިސްނާކުރެވިފައިވާ ފަރާތްތަކުގެ ތެރެއިން ފަރާތެއް، ވަޒީފާއިން ވަކިކޮށްފިނަމަ އެކަމުގެ ޝަކުވާ ހުށަހެޅުމުން އެ މައްސަލަތައް ބަލަމުން ގެންދިއައީ ސިވިލް ކޯޓުންނެވެ. ވަޒީފާއިން ވަކިކުރުމުން އެކަމުގެ ޙައްލު ހޯދުމަށް ވަޒީފާއަކުން ވަކިކުރި ތާރީޚުން ފެށިގެން 03 މަސްދުވަހުގެ ތެރޭގައި އެކަމުގެ ޝަކުވާ ޓްރައިބިއުނަލަށް ހުށަހެޅުމުގެ ޙައްޤު ލިބޭކަމަށް ކަނޑައަޅާފައިވަނީ ވަޒީފާއާބެހޭ ޤާނޫނުގެ 28 ވަނަ މާއްދާގައެވެ. ވަޒީފާއާބެހޭ ޤާނޫނުގެ 28 ވަނަ މާއްދާ ހިމެނެނީ ވަޒީފާއާބެހޭ ޤާނޫނުގައި ހިމެނޭ ބާބުތަކުގެ ތެރެއިން 04 ވަނަ ބާބުގައެވެ.

9ވަޒީފާއާބެހޭ ޤާނޫނުގެ 34 ވަނަ މާއްދާ އޮތް ގޮތުގެ މައްޗަށް ރިޢާޔަތްކޮށް އެ މާއްދާއިން އިސްތިސްނާ ކުރެވިފައިވާ ފަރާތްތަކުގެ މައްސަލަތައް ސިވިލް ކޯޓުން ބަލައިގަނެ އެ ކޯޓުން ބަލާ މައްސަލަތަކެއްގެ ގޮތުގައި ކުރިއަށް ދަނިކޮށް، 22 ސެޕްޓެމްބަރ 2020 މި ތާރީޚުގައި ވަޒީފާއާބެހޭ ޤާނޫނަށް ގެނެވުނު 06 ވަނަ އޞިލާޙަށ ޢަމަލުކުރަން ފެށުނެވެ. ޤާނޫނު ނަންބަރު 2020/22 އިނ ޤާނޫން ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު) އަށް ގެނެވުނު 06 ވަނަ އޞި ލާޙުގައ ބުނި ގޮތުން، އެ ޤާނޫނުގެ 4 ވަނަ ބާބުގެ ތެރޭގައި ހިމެނޭ މާއްދާތަކުން ވަޒީފާއާބެހޭ ޤާނޫނުގެ 34 ވަނަ މާއްދާގައި ބުނާ ފަރާތްތަކަށް އިސްތިސްނާ ލިބިގެންވަނީ ވަޒީފާއާބެހޭ ޤާނޫނުގެ 32 ވަނަ މާއްދާއާއި 37 ވަނަ މާއްދާއާއި އަދި 38 ވަނަ މާއްދާއަށެވެ. މިހެންކަމުން ވަޒީފާއާބެހޭ ޤާނޫނަށް ފަހުން ގެނެވުނު އިޞްލާޙުގެ ދަށުން ވަޒީފާއާބެހޭ ޤާނޫނުގެ 28 ވަނަ މާއްދާ އިސްތިސްނާ ކުރެވިފައި ނެތުމުން، ވަޒީފާއާބެހޭ ޤާނޫނުގެ 34 ވަނަ މާއްދާގައި ހިމެނޭ ފަރތްތަކުގާ މައްސަލަތައް ބެލުމުގެ އިޚްތޞާޞި ވަޒީފާއާބެހް ޓްރައިބިއުނަލަށް، ފަހުން ގެނެވުނު އިޞްލާޙުގެ ދަށުން ލިބިގެން ދިޔައެވެ.

ރަޖުޢީކޮށް (retrospective) ޤާނޫނު ތަތުބީޤުކުރުން

10ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު) އަށް 6 ވަނަ އޞި ލާޙް ގެނައުމުގެ ޤާނޫނުގައި، އެ ޤާނޫނުގައި ބަޔާންކޮށްފައިވާ އުޞޫލުތައް، އެ ޤާނޫނު އައުމުގެ ކުރިން ހިނގާފައިވާ ކަންކަމަށް ހިނގާނެކަމަށް ބަޔާން ކޮށްފައެއްނުވެއެވެ. ޤާނޫނުގައި ބުނާ ގޮތުން، ވަޒީފާއާބެހޭ ޤާނޫނަށް ގެނެވުނު 06 ވަނަ އޞި ލާޙަށް ޢަމަލު ކުރަން ފަށާނީ، އެ އިޞްލާޙު ފާސްކޮށް ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ދުވަހުންނެވެ. ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު) އަށް 6 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނުގެ 9 ވަނަ މާއްދާ.

11HN2ޤާނޫނަކީ، ޤާނޫނު އެކުލަވާލި ދުވަހުން ފެށިގެން ކުރިއަށް ހިނގާ އެއްޗެކެވެ. ޤާނޫނުގައި، އެ ޤާނޫނަކީ ކުރިއަށް ހިނގާނެ އެއްޗެއްކަމަށް ބަޔާންކޮށްފައިނެތްނަމަ، ޤާނޫނުގެ ތާރީޚުގެ ކުރިން ހިނގާފައިވާ ކމަކަށަ ހިނގާނެ އެއްޗަކަށް އެ ޤާނޫނު ނުވުމަކީ ޤާނޫނު މާނަކުރުމުގައި ޤަބޫލު ކުރެވެން އޮންނަ ހަމައެކެވެ. ހަމަ އެ ގޮތަށް ޤާނޫނެއް ހިނގަން ފަށާނީ ވަކި ދުވަހަކުން ކަމަށް ބަޔާން ކޮށްފައިވާނަމަ، އެ ޤާނޫނެއް ހިނގަން ފަށާނީ، އެދުވަހުގެ ކުރީދުވަސް ނިމޭ ހިސާބުންކަން މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނަށް ބެލުމުން އެނގެއެވެ. މީގެ އިތުރުން ޤާނޫނުގައި ސަރީޙަ ބަހުން އިސްތިސްނާކޮށްފައިވާ ޙާލަތެއްގައި މެނުވީ ފަހުން ވުޖޫދުވާ ޤާނޫނެއްގެ މަންފާ ނުވަތަ އެއިގެ ބުރަ ދައުލަތަށް އަދި ފަރުދަކަށް ނުވަތަ އެހެން ފަރާތަކަށް ލިބި ގެން ނުވާނެކަމަށާއި ނުވަތަ އުފުލަންނުޖެހޭކަމަށާއި، ވަކި ޙާލަތެއްގައި ޖިނާއީ އަދަބަކަށް ދެވޭ ލުއިގެ މަންފާ ފިޔަވައި، ފަހުން ހަދާ ޤާނޫނެއްގެ އަސަރު ނުވަތަ އެއިގެ ބުރަ، އެ ޤާނޫނު ހެދުމުގެ ކުރިން ހިނގާފައިވާ ޙާދިސާއެއްގެ މައްޗަށް ނުހިނގުމަކީ (law of pplicationa retrospective) ޢާއްމު އުޞޫލެއްކަން ސާފުވާކަމަށާއި، އަދި މިއީ ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ޤާނޫނީ ނިޒާމުތަކުގއިވެސަ އިސްތިޤްރާރުވެފައިވާ އުޞޫލެއްކަމަށާއި މި އުޞޫލަށް ދިވެހިރާއްޖޭގެ ޖުމުހޫރިއްޔާގެ ޤާނޫނުއަސާސީގެ 19 ވަނަ މާއްދާއިން އިތުރު ބާރުވެރިކަމެއް ދޭ ކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2014/SC-A/41 ޤަޟިއްޔާގައި ފާހަގަކުރައްވާފައިވެއެވެ. ޤާނޫނު ނަންބަރު 2011/4 (މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގެ (ބ). ބުނެވުނު ޤާނޫނުގެ 18 ވަނަ މާއްދާ.

ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔު، ރިޕޯޓުގެ 40.1 އަދި 40.3. މި ބުނެވުނު އ ޞޫލ ދިވެހިރާއްޖޭގު ސުޕްރީމް ކޯޓުގެ ނަންބަރު

2015/SC-A/08 ޤަޟިއްޔާގައިވެސް ފާހަގަ ކުރައްވާފައިވެއެވެ. ޤާނޫނަށް ނުވަތަ ޤަވާޢިދަށް ޢަމަލުކުރަން ފެށުމުގެ ކުރިން ހިނގާފައިވާ ވަޒީފާގެ މައްސަލައަކަށް ރަޖުޢީކޮށް ޤާނޫނު ތަތުބީޤު ކުރުމުގައި މީގެ ކުރިން ދިވެހިރާއްޖޭގެ ހައިކޯޓުން ޢަމަލުކޮށްފައިވާ ގޮތް

12ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވާ ނަންބަރު 2009/HC-A/203 ޤަޟިއްޔާއަށް ބަލާއިރު، އެ ޤަޟިއްޔާއަކީ، ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު) އަށް ޢަމަލުކުރަން ފެށުނު ތާރީޚާއި އެ ޤާނޫނުގެ ދަށުން ވަޒީފާއާބެހޭ ޓްރައިބިއުނަލް އުފެދި އެ ޓްރައިބިއުނަލުން ޢަމަލީ ގޮތުން މަސައްކަތް ފެށުނު ތާރީޚާއި ދެމެދު އުފެދިފައިވާ ވަޒީފާއާބެހޭ މައްސަލަތަކުގައި ޢަމަލު ކުރާނެ ގޮތެއް ކަނޑައެޅިގެން ދިޔަ ޤަޟިއްޔާއެކެވެ. ބުނެވުނު ޤަޟިއްޔާގައި ދިވެހިރާއްޖޭގެ ހައިކޯޓުން ކަނޑައަޅާފައިވާ އެއް އޞު ލަކީ، ވަޒީފާއާބެހޭ ޤާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރިން ހިނގާފައިވާ ވަޒީފާއާބެހޭ މައްސަލަތައް ބެލމުގު އިޚްތޞާޞި ވަޒީފާއާބެހް ޓްރައިބިއުނަލަށް ލިބިގެންނުވާނެތީ އެ ތާރީޚުގެ ކުރިން އުފެދިފައިވާ ވަޒީފާއާބެހޭ މައްސަލަތައް ބެލުމުގެ އިޚްތޞާޞި ލިބިގެންދަނީ ކަމާބެހޭ ކޯޓުތަކަށް ކަމަށެވެ. މީގެ އިތުރުން ބުނެވުނު ޤަޟިއްޔާގައި ކަނޑައެޅުނު ދެވަނަ އުޞޫލަކީ، ވަޒީފާއާބެހޭ ޓްރައިބިއުނަލެއް އުފެދި ޢަމަލީ ގޮތުން މަސައްކަތް ފެށުނުއިރު އުފެދިފައިވާ ވަޒީފާއާބެހޭ މައްސަލަތަކުގެ ތެރެއިން 3 މަސް ދުވަސް ފާއިތުވެފައިވާ މައްސަލަތަކުގައި، އިންސާފު ޤާއިމުކުރުމުގެ އިޚްތޞާޞި ޝަރުޢީ ކޯޓުތަކަށް ލިބި އޮންނާނެކަމަށެވެ. ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމަވާފައިވާ ނިންމުމާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2014/SC-A/41 ޤަޟިއްޔާގައި ކަނޑައަޅާފައިވާ އޞު ލ މި މައްސަލައަށް ތަތުބީޤުކުރުން

13ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2014/SC-A/41 ޤަޟިއްޔާގައި، ފަހުން ހަދާ ޤާނޫނެއްގެ އަސަރު ނުވަތަ އެއިގެ ބުރަ، އެ ޤާނޫނު ހެދުމުގެ ކުރިން ހިނގާފައިވާ ޙާދިސާއެއްގެ މައްޗަށް ނުހިނގުމަކީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2009/HC-A/203 ޤަޟިއްޔާ ގެ ޝަރީޢަތް ނިމުނު ގޮތުގެ ޚުލާޞާ ރިޕޯޓުގެ 3 ވަނަ ނަންބަރުގެ (ހ) ބުނެވުނު ރިޕޯޓުގެ 3 ވަނަ ނަންބަރުގެ (ށ) law) of application retrospective) ޢާއްމު އޞުލެއްކަނ ސާފުވާކަމަށް ބަޔާންކުރުމަށް ފަހު، ޤާނޫނުގައި ޞަރީޙަ ބަހުން އިސްތިސްނާކޮށްފައިވާ ޙާލަތެއްގައި މެނުވީ ފަހުން ވުޖޫދުވާ ޤާނޫނެއްގެ މަންފާ ނުވަތަ އެއިގެ ބުރަ ދައުލަތަށް އަދި ފަރުދަކަށް ނުވަތަ އެހެން ފަރާތަކަށް ލިބިގެން ނުވާނެކަމަށް ނުވަތަ އުފުލަން ނުޖެހޭކަމަށް ބަޔާންކޮށްފައިވެއެވެ.

14HN3ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2009/HC-A/203 ޤަޟިއްޔާ ނިންމެވުމުގައި ބިނާކޮށްފައިވާ މައިގަނޑު ހަމައަކީ، ޤާނޫނަށް ގެނެވޭ އިޞްލާޙު ރަޖުޢީކޮށް ތަތުބީޤު ކުރުމުގެ ސަބަބުން، އިންސާފު ހޯދުމަށްޓަކައި ޝަކުވާ ހުށަހެޅުމަށް އޮތް ދޮރު ބަންދުވާގޮތް މެދުވެރިވާ ޙާލަތުގައި، އިންޞާފު ޤާއިމުކުރުމަށް ކޯޓު ތަކުގެ ދޮރު ހުޅުވާލަންޖެހޭކަން ބަޔާންކުރުމެވެ.

15މި މައްސަލައިގައި ފެންނަން ހުރި ޙަޤީޤަތްތަކުގެ މައްޗަށް ބަލާއިރު، ވަޒީފާއާބެހޭ ޤާނޫނަށް ގެނެވުނު 6 ވަނަ އޞި ލާޙުގައް، އެ ޤާނޫނަށް ޢަމަލު ކުރަން ފެށުމުގެ ކުރިއަށް އުފެދިފައިވާ ވަޒީފާގެ މައްސަލަތަކަށް ފަހުން ގެނެވުނު އިޞްލާޙު، ރަޖުޢީކޮށް ތަތުބީޤު ކުރެވޭނެކަމަށް ބަޔާންކޮށްފައެއްނުވެއެވެ. މޫސާ ނަސީމް އަދާކުރަމުން ދިޔަ ވަޒީފާގެ ބާވަތުން އޭނާ އަދާކުރަމުންދިޔަ ވަޒީފާއިން ވަކިކުރި އިރު، އޭނާއަކީ ވަޒީފާއާބެހޭ ޤާނޫނުގެ 4 ވަނަ ބާބުން އިސްތިސްނާ ކުރެވިފައިވާ ފަރާތެއްކަމުން އެ މައްސަލަ ބެލުމުގެ އިޚްތޞާޞި އޭރު ލިބި އޮތީ ސިވިލް ކޯޓަށެވެ.

16HN4ވަޒީފާއާބެހޭ ޤާނޫނުގެ 4 ވަނަ ބާބުން އިސްތިސްނާ ކުރެވިފައިވާ ފަރާތްތަކުގެ ވަޒީފާއިން ވަކިކޮށްގެން ހުށަހެޅޭ މައްސަލަތަކަކީ، ކުރިން ޢަމަލު ކުރަމުންދިޔަ އުޞޫލުތަކުގެ މައްޗަށް ބަލާއިރު، އެ މައްސަލައެއް ވަޒީފާއާބެހޭ ޤާނޫނަށް 06 ވަނަ އ ޞް ލާޙު ގެނައުމުގެ ޤާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރި. ވަކް މުއްދަތެއްގެ ތެރޭގައިކޯޓަށ ހުށަހެޅުން ޤާނޫނަކުން ލާޒިމް ކޮށްފައިވް ބާވަތުގެ މައްސަލަތަކެއް ނޫނެވެ. އެއާއި ޚިލާފަށް ވަޒީފާއާބެހޭ ޓްރައިބިއުނަލަށް މައްސަލައެއް ހުށަހަޅަންޖެހޭނަމ އެފަދަ މައްސަލައެއް ހުށަހަޅަން ވަޒީފާއާބެހޭ ޤާނޫނުން ލާޒިމް ކުރާ ވަކި މުއްދަތެއް އޮވެއެވެ. އެއީ ވަޒީފާއިން ވަކިކުރި ތާރީޚުން ފެށިގެން 03 މަސް ދުވަހުގެ ތެރޭގައެވެ. އެ ނޫންގޮތަކަށް ހުށަހެޅޭ މައްސަލައެއް ބަލައިގަނެ މައްސަލަ ހިނގުމުގް އިޚްތޞާޞި ވަޒީފާއާބެހް ޓްރައިބިއުނަލަށް ލިބިގެން ނުވާކަން ވަޒީފާއާބެހޭ ޤާނޫނަށް ބެލުމުން އެނގެއެވެ.

17ވަޒީފާއާބެހޭ ޤާނޫނަށް 6 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު ފާސްވުމާއިއެކު، އެ ޤާނޫނަށް ޢަމަލު ކުރަން ފެށުމުގެ ކުރިން ހިނގާފައިވާ ވަޒީފާގެ މައްސަލަތަކުގެ ގޮތުގައި ހިމެނޭ، ހިންގުމުގެ އިސްމަޤާމުތަކުގައި މަސައްކަތްކުރާ ފަރާތްތަކުގެ ވަޒީފާއިން ވަކިކުރުމުގެ މައްސަލަތަކަކީވެސ ވަޒީފާއާބެހް ޓްރައިބިއުނަލަށް ހުށަހަޅަންޖެހޭނެ މައްސަލަތަކެއްކަމުގައި ބަލަންޖެހުމުގ އެއެ ނަތީޖާއަކަށްވާނީ، އެފަދަ ފަރާތެއް ވަޒީފާއިން ވަކިކޮށްފައިވާ މައްސަލަވެސް، ވަޒީފާއިން ވަކިކުރިތާ ތިން މަސްދުވަހުގެ ތެރޭގައި ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހަޅަން ޖެހުމެވެ. އަދި އެކަމުގެ ދެވަނަ ނަތީޖާއަކަށްވާނީ ވަޒީފާއާބެހޭ ޤާނޫނުގައި ބުނާ ތިން މަސްދުވަހުގެ ތެރޭގައި ވަޒީފާއާބެހޭ ޓްރައިބިއުނަލަށް އެފަދަ މައްސަލައެއް ހުށަހެޅުމުގެ ފުރޞު ތ ތަނަވަސްވެފައި ނެތްފަރާތްތަކަށް އިނޞް ފ ހޯދުމަށް އޮތް ދޮރު ބަންދުވުމެވެ. އެފަދަކަމެއް މެދުވެރިވުމަކީ، ޤާނޫނަށް ގެނެވުނު އޞިލާޙެއ ރަޖުޢީކޮށް ތަތުބީޤުކުރުމުގެ ސަބަބުން އެކަމުގެ ބުރަ އެކަން ރައްދުވާ ފަރާތަކުން އުފުލންޖެހުމެވެ.

18މި މައްސަލައިގައި ފެންނަން ހުރި ޙަޤީޤަތްތަކުގެ މައްޗަށް ބަލާއިރު މޫސާ ނަސީމަށް މި މައްސަލަ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހަޅަން ޤާނޫނު ލާޒިމްކުރާ 3 މަސްދުވަސް ދެން ލިބޭނެ ގޮތެއް ނެތެވެ. ވަޒީފާއާބެހޭ ޤާނޫނުގެ 28 ވަނަ މާއްދާގައި ބުނަނީ، ވަޒީފާއިން ވަކިކުރި ތާރީޚުން ފެށިގެން ތިންމަސް ދުވަހުގެ ތެރޭގައި އެކަމުގެ ޝަކުވާ ޓްރައިބިއުނަލަށް ހުށަހެޅުމުގެ ޙައްޤު ލިބިގެންވާކަމަށެވެ. ވަޒީފާއާބެހޭ ޤާނޫނު ލާޒިމްކުރަނީ ވަޒީފާއިން ވަކިކުރި ތ 3 މަސްދުވަހުގެ ތެރޭގައި ޓްރައިބިއުނަލަށް މައްސަލަ ހުށަހަޅަން ކަމުގައިވާތީ އެފަދަ ފުރުޞަތެއް މޫސާ ނަސީމަށް ލިބޭނެ ގޮތަކީ ކޮބައިކަން އެނގޭކަށްނެތެވެ. މިއީ އެކަމުގެ މައްޗަށް ވަޒީފާއާބެހޭ ޤާނޫނުން ފަރުވާދީފައި އޮތްކަމެއް ނޫނެވެ. މިހެންކަމުން މޫސާ ނަސީމްގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅުމުން ބެލެމުންދިޔަ މައްސަލައަކީ އެ ކޓުގޯ އިޚްތޞާޞި ނެތް މައްސަލައެއްކަމަށް ކަނޑައެޅުމުގެ ނަތީޖާއަކަށްވާނީ އިންޞާފު ހޯދުމަށް މޫސާ ނަސީމަށް އޮތް ފުރޞު ތ އެކުގައި ބަންދުވުމެވެ. އެފަދަކަމެއް މެދުވެރިވާ ގޮތަށް ވަޒީފާއާބެހޭ ޤާނޫނަށް ގެނެވުނު އިޞްލާޙު ރަޖުޢީކޮށް ތަތުބީޤު ކުރެވޭ ކުރުމަކީ މޫސާ ނަސީމް އުފުލަންޖެހޭ ބުރައެކެވެ. އެފަދަ ބުރައެއް އުފުލަންޖެހޭ ގޮތަށް ވަޒީފާއާބެހޭ ޤާނޫނަށް ގެނެވުނު 06 ވަނަ އޞި ލާޙް މޫސާ ނަސީމްގެ މައްޗަށް ތަތުބީޤު ނުކުރެވުމަކީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2014/SC-A/41 ޤަޟިއްޔާގައި ރަޖުޢީކޮށް ޤާނޫނު ތަތުބީޤު ކުރުމުގައި ކަނޑައަޅާފައިވާ މަފްހޫމެވެ.

19ވީމާ، އިސްވެދިޔަ ސަބަބުތައް އެފަދައިން ހުރުމުން، މި މައްސަލައިގައި އަހުރެންގެ ރައުޔަކީ، މޫސާ ނަސީމްގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ، ސވިލި ކޯޓުން ބެލުމުގެ އިޚްތޞާޞި ލިބިގެންނުވާކަމަށް އެކޯޓުން ނިންމަވާފައި ނިންމުމަށް ބަދަލު ގެންނަންޖެހޭކަމެވެ. އަދި މި މައްސަލައަކީ، ސިވިލް ކޯޓަށް ބެލުމުގެ އިޚްތޞާޞި ލިބިގެންވާ މައްސަލައެއްކަމަށް ކަނޑައަޅަން ޖެހޭކަމެވެ.

20މި ބަޔާން ކުރެވުނު ޤާނޫނީ އެންމެހައި ނުކުތާތައް މި މައްސަލައިގައި ހިމެނޭ ވާޤިޢާތަކާއި ދާދި އެއްގޮތް ވާޤިޢާތަކެއް ހިމެނޭ މައްސަލައެއްކަމުގައިވާ މި ކޯޓުގެ ނަންބަރު 2020/HC-A/307 ޤަޟިއްޔާ ނިންމުމުގައި އަހުރެންގެ ފަރާތުން ފާހަގަކޮށް އެ މައްސަލާގައި އަހުރެންގެ ފަރާތުން އިއްވި ރައުޔުގައިވެސް ފާހަގަކޮށްފައިވާނެއެވެ.

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

  • ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 4 ވަނަ ބާބު، 28 ވަނަ މާއްދާ، 32 ވަނަ މާއްދާ، 34 ވަނަ މާއްދާ (ހ) (5)، 37 ވަނަ މާއްދާ، 38 ވަނަ މާއްދާ
  • ޤާނޫނު ނަންބަރު 22/2020 (ވަޒީފާއާބެހޭ ޤާނޫނަށް 6 ވަނަ އިޞްލާޙު) ގެ 9 ވަނަ މާއްދާ
  • ޤާނޫނު ނަންބަރު 4/2011 (މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގެ (ބ) އަދި 18 ވަނަ މާއްދާ
  • ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 19 ވަނަ މާއްދާ (ސުޕްރީމް ކޯޓުން ފާހަގަކުރި ގޮތަށް)
  • ސުޕްރީމް ކޯޓުގެ ނަންބަރު 2014/SC-A/41
  • ސުޕްރީމް ކޯޓުގެ ނަންބަރު 2015/SC-A/08
  • ހައިކޯޓުގެ ނަންބަރު 2009/HC-A/203
  • ހައިކޯޓުގެ ނަންބަރު 2020/HC-A/307

ޝަރީޢަތުގެ ވީޑިއޯ

މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.

ޝެއަރ ކުރައްވާ