ގޯލްޑް ވެލީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ވ. ޖޯތީ އެޖެންސީ (ސަކާރިއާ ސިކަންދަރު އާޒާދު)
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- ސިވިލް ކޯޓު 4075/Cv-C/2019
- ފަހުގެ ތާރީޚު
- ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް
ކޯ ޓާމްސް
ޚުލާޞާ
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ތަޙްވީލުކުރެވުނު މައްސަލައެއްގައި، މުދާ ބެލެހެއްޓުމަށް ކުރި ޚަރަދު ސާބިތުކުރުމަށް ކުންފުނިން އަމިއްލައަށް ތައްޔާރުކުރި ސްޓޭޓްމަންޓްތަކާއި އެ ސްޓޭޓްމަންޓްތައް ސާބިތުކުރުމަށް ހުށަހެޅި ހެކިން ބަލައިނުގަތުމަށް ސިވިލް ކޯޓުން ނިންމި ނިންމުން ރަނގަޅުތޯ.
ނިންމުން
ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައިއިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ޙުކުމް ޤާއިމް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 ޚަޞްމުން ހުށަހަޅާ ކިތާބީ ހެކި ނުވަތަ ހާޟިރުކޮށްދިނުމަށް އެދޭ ހެކިންނަށް ފަނޑިޔާރު ރިޢާޔަތް ނުކުރަން ނިންމާނަމަ، ރިޢާޔަތް ނުކުރަން ނިންމި ސަބަބު ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގައި ފާހަގަކުރަންވާނެއެވެ.
HN2 ޚަޞްމަކު އަމިއްލައަށް ހިސާބުޖަހައި ތައްޔާރުކުރި، އޮޑިޓެއް ނުކުރެވި އަދި އިންވޮއިސް، ރަސީދު، ޕޭމަންޓް ވައުޗަރު ފަދަ މާލީ ލިޔެކިޔުމަކުން ބާރުނުލިބޭ ޢާމްދަނީއާއި ޚަރަދުގެ ސްޓޭޓްމަންޓްތަކަކީ މައްސަލައިގައި ކަންހިނގާފައިވާ ގޮތް ދޭހަކޮށްދޭ ޙަޤީޤީ މުސްތަނަދެއް ކަމުގައި ނުބެލެވޭނެއެވެ.
HN3 އެފަދަ ސްޓޭޓްމަންޓެއްގައިވާ މަޢުލޫމާތުގެ ޞައްޙަކަން ކަށަވަރުކުރުމަށް ހުށަހަޅާ ޝަފަހީ ހެކިބަހަށް ބުރަދަނެއް ލިބޭނީ، ސްޓޭޓްމަންޓް ތައްޔާރުކޮށްފައިވަނީ މިނިވަން އޮޑިޓް ފާރަމަކުން ނުވަތަ މީރާއިން ހުއްދަދީފައިވާ މިނިވަން އޮޑިޓަރަކު ކަމުގައިވެ، އެ ތައްޔާރުކުރި ފަރާތުން ދޭ ހެކިބަހެއް ކަމުގައިވާނަމައެވެ؛ ކުންފުނީގެ ވެރިފަރާތް ނުވަތަ ގުޅުން ނޭނގޭ، ކަމާބެހޭ މާހިރުން ނޫން ހެކިންނަކީ އެފަދަ ލިޔުމެއްގެ ޞައްޙަކަން ކަށަވަރުކުރެވޭނެ ހެކިން ނޫނެވެ.
HN4 (ފަނޑިޔާރު މުޙައްމަދު ނިޔާޒްގެ ރައުޔު) ދަޢުވާކުރާ ފަރާތުން ދަޢުވާ ކުރިއަށް ނުގެންގޮސް ދޫކޮށްލަން އެދުމުން، އެކަން ހުއްދަކުރެވޭނެ ކަމެއްތޯ ކޯޓުން އިންޞާފުގެ ބޭނުމަށް ބަލަންޖެހޭނެއެވެ؛ އެއީ ޝަރީޢަތުގެ ނިޒާމު ނަހަމައިން ބޭނުންކުރުމެއްކަމަށް ބުރަވާނަމަ، ކޯޓުތަކުގެ ޒާތުގައި ލިބިގެންވާ އިޚްތިޞާޞް (inherent jurisdiction) ގެ ތެރެއިން ފިޔަވަޅު އަޅަންޖެހެއެވެ.
HN5 (ފަނޑިޔާރު މުޙައްމަދު ނިޔާޒްގެ ރައުޔު) ތަޙްވީލުކުރެވޭ މައްސަލައެއް ރަޖިސްޓްރީކުރުމުގެ ބޭނުމަށް އިސްތިއުނާފުކުރި ފަރާތް "މައްސަލަ ހުށަހެޅި ފަރާތް" ކަމުގައި ބެލުމަކުން، އަނެއް ފަރާތުން ފުރަތަމަ ފެށި ދަޢުވާ ދޫކޮށްލުމުގެ ޙައްޤު އެ ފަރާތަށް މުޠްލަޤަށް ލިބިއެއް ނުދެއެވެ؛ ތަޙްވީލުކުރެވުނު މައްސަލައިގައި އަމިއްލަ ދިފާޢު ސާބިތުކުރުމަށް ލިބުނު ފުރުޞަތު އަމިއްލައަށް ދޫކޮށްލި ފަރާތަކަށް، ފަހުން އެ ދިފާޢު ސާބިތުކުރުމަށް ހެކި ހުށަހެޅުމުގެ ފުރުޞަތު ދިނުމަކީ ޝަރީޢަތުގެ ނިޒާމު ނަހަމައިން ބޭނުންކުރުމަށް ފުރުޞަތު ދިނުން ކަމުން، އެ ފުރުޞަތު ކޯޓުން ދީގެން ނުވާނެއެވެ.
ވަކީލުންނާއި ފަނޑިޔާރުން
- ވަކީލުން
- —
- ބެންޗު
- މުޙައްމަދު ފައިޞަލް، މުޙައްމަދު ނިޔާޒް، މުޙައްމަދު ސަލީމް
- ރިޔާސަތު
- —
- ރައުޔު ލިޔުނު ފަނޑިޔާރު
- މުޙައްމަދު ފައިޞަލް · ތާއީދުކުރެއްވީ: މުޙައްމަދު ސަލީމް
- ޚިލާފު ރައުޔު
- ނެތް
- ވަކި ރައުޔު
- މުޙައްމަދު ނިޔާޒް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.
1މި މައްސަލައަކީ، ސިވިލް ކޯޓުގެ ނަންބަރު 4075/Cv-C/2019 ޤަޟިއްޔާ ނިންމާފައިވަނީ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށްބުނެ، އެ މައްސަލަ އިސްތިއުނާފު ކުރުމަށް އެދި ގޯލްޑްވެލީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން ހުށަހެޅުމުނެ ބެލުނު ޤަޟިއްޔާއެކެވެ. މި ޤަޟިއްޔާގއަ އިސްތިއުނާފި ރައްދުވަ ފަރާތކަ ޖޯތ އެޖެންސީ (ސަކަރާއި ސިކަންދަރު އާޒާދު) އެވެ.
މައްސަލައިގެ ފަސްފަހަތް
2އިންޑިއާގެ ޓަމިލްނާޑޫގެ އެޖެންސީއެއްކަމަށްވާ "ޖޯތީ އެޖެންސީ" އާއި ދިވެހިރާއްޖޭގެ ކުންފުންޏެއްކަމަށްވާ ގޯލްޑްވެލީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ދެމެދު ކުރެވުނު މަޝްވަރާގެ ދަށުން ގޯލްޑްވެލީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ވިޔަފާރި ބޭނުމަށް 22 ޖޫން 2015 ގައި އިންޑިއާގެ ޓުޓިކޮރިނ އިން ދިވެހިރާއްޖޭގެ އައްޑޫ ހިތަދޫ ބަނދަރަށް ބާލާފައިވާ 1300 (ތޭރަސތޭކަ) ބޭގް ސްޓޯން އެގްރިގޭޓާއި، 200 (ދުއިސައްތަ) ބޭގް ކޯރސް ސޭންޑްގެ އަގުކަމަށްވާ US$107,565.00 (އެއްލައްކަ ހަތްހާސް ފައްސަތޭކަ ފަސްދޮޅަސް ފަހެއް އެމެރިކާ ޑޮލަރު) އާއި މި ފައިސާ ލިބެންޖެހޭ މުއްދަތުގައި ފައިސާ ލިބިފައިނުވާތީ، ގެއްލުމުގެ ބަދަލާއި، މި ފައިސާ ހޯދުމަށް ރާއްޖެއައުމަށް ކުރަންޖެހުނު ޚަރަދުތަކާއި، މައްސަލަ ޝަރީޢަތަށް ހުށަހެޅުމަށްޓަކައި، ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމަށް ޖެހިފައިވާތީ، ވަކީލު ފީ އެކީ އެއްފަހަރާ ނަގައިދިނުމަށް އެދި "ޖޯތީ އެޖެންސީސް" އިން ގޯލްޑްވެލީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ދަޢުވާކުރިއެވެ . އެ މައްސަލަ ރެޖިސްޓްރީ ނަންބަރު 0275/2015-C ބަލާފައިވަނީ ސިވިލް ކޯޓުގެ ނަންބަރު 1931/Cv-C/2015 ޤަޟިއްޔާއިންނެވެ. އެ ޤަޟިއްޔާއިން މައްސަލަ ނިންމާފައިވަނީ ގޯލްޑްވެލީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ވިޔަފާރި ބޭނުމަށް 22 ޖޫން 2015 ގައި އިންޑިއާގެ ޓުޓިކޮރިނ އިން ދިވެހިރާއްޖޭގެ އައްޑޫ ހިތަދޫ ބަނދަރަށް ބާލާފައިވާ 1300 (ތޭރަސތޭކަ) ބޭގަ ސްޓޯން އެގްރިގޭޓާއި، 200 (ދުއިސައްތަ) ބޭގް ކޯރސް ސޭންޑްގެ އަގުކަމަށްވާ US$107,565.00 (އެ އްލައްކަ ހަތްހާސް ފައްސަތޭކަ ފަސްދޮޅަސް ފަހެއް އެމެރިކާ ޑޮލަރު) ގެ ތެރެއިން "ޖޯތީ އެޖްނެސީސް" އަށް ލިބެންވާ US$89,565.00 (އަށްޑިހަ ނުވަހާސް ފަސްސަތޭކަ ފަސްދޮޅަސފަހެއް އެމެރިކާ ޑޮލަރު) ދައްކަނޖެހް ނުދައްކާވަކަނ ޝަރީޢަތަށް ސާބިތުވާކަމާއި، ޚަސްމުންގެ އަތުން ޤާނޫނީ ވަކީލު ފީ ނަގައިދިނުމާ ގުޅޭގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2009/HC-A/348 ޤަޟިއްޔާގައި ބުނާފަދަ އެއްބަސްވުމެއް ނެތުމުން ޤާނޫނީ ވަކީލުގެ ފީ ނަގައިދެވޭނެ ތަނެއް ނެތްކަމަށެވެ .
3ސިވިލް ކޯޓުގެ ނަންބަރު 1931/Cv-C/2015 ޤަޟިއްޔާއާމެދު ހިތްހަމަނުޖެހިގެން ގޯލްޑްވެލީ މޯލްޑިވްސް ޕްރައިވެޓ ލިމިޓެޑްގެ ފަރާތުން އެ ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ. އެ މައްސަލަ ބަލާފައިވަނީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/408 ޤަޟިއްޔާއިންނެވެ . އަދި ދިވެހިރާއްޖޭގެ ހައިކޯޓުން އެ ޤަޟިއްޔާގައި ނިންމާފައިވަނީ ސިވިލް ކޯޓުގެ ނަންބަރު 1931/Cv-C/2015 ޤަޟިއްޔާގައި ހޯދުމަށް އެދިފައިވާ ފައިސާ މިންވަރު ބަޔާންކުރާ ޕާޗޭސް އޯޑަރަކީ ގޯލްޑްވެލީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ތައްޔާރުކޮށްފައިވާ ޕާޗޭސް އޯޑަރެއް ނޫންކަމާއި، އެ ޕާޗޭސް އޯޑަރުގައި ގޯލްޑްވެލީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑު ގެ ފަރާތުން ސޮއިކޮށް ކުންފުނީގެ ތައްގަނޑު ޖަހާފައިވަނީ އެޕާޗޭސް އޯޑަރުގައިވާ އަގަކީ މުދަލުގެ އަޞްލު އަދަދު ނޫންކަމަށާއި، އެ ޕާޗޭސް އޯޑރަކި މުދާ ރާއްޖެ އެތެރެކުރުމަށް ފުރިހަމަކުރަންޖެހޭ ފޯމަލިޓީސް ފުރިހަމަ ކުރުމަށް ބޭނުންވާ ލިޔުމެއްކަމަށްވާތީ އެބޭނުމަށ އެކަން ތައްޔާރުކުރެވިފައިވާ ލިޔުމެއްކަމަށް ހެކިންގެ ހެކިބަހުންގެ އެނގެންއޮންނާތީ، ޕާޗޭސް އޯޑަރުގައިވާ ފައިސާއަކީ ޖޯތީ އެޖެންސީސްއަށް ލިބެންޖެހޭ ފައިސާއެއްކަމުގައި ކަނޑައަޅައި، އެ ފައިސާގެ ތެރެއިން US$89,565.00 (އަށްޑިހަ ނުވަހާސް ފަސްސަތޭކަ ފަސްދޮޅަސްފަހެއް އެމެރިކާ ޑޮލަރު) އަކީ ގޯލްޑްވެލީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ޖޯތީ އެޖެންސީސްއަށް ދައްކަންޖެހި ނުދައްކާ ފައިސާއެއްކަމަށް ޝަރީޢަތުން ސާބިތުވާކަމަށް ކަނޑައަޅާފައިވަނީ ރަނގަޅަށް ނޫންކަމަށެވެ.
އެގޮތުން
1.3- ޕާޗޭސް އޯޑަރުތަކުގައ ބަޔާންކުރި މުދާ އެދުވަސްވަރު ރާއްޖެއަށް އެތެރެކޮށް އއްޑޫގައަ ވިއްކަމުން ގޮސްފައިވާ އަގުތަކަކީ ކޮބައިތޯ ބަލައި ޖޯތީ އެޖެންސީސްއިން އެތެރެކުރި މުދަލުގެ އަގު ޝަރީޢަތުން ކަނޑައަޅަންޖެހޭކަމަށާއި،
2.3- އެ މުޢަމަލާތަކީ ދެފަރާތުގެ ދެމެދުގައި ވިޔަފާރިއެއް ކުރުމަށް ކުރެވިފައިވާ މުޢަމަލާތެއްކަމުގައި ބެލެވެންނެތަތީ ގޯލްޑްވެލީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ޖޯތީ އެޖެންސީސްއަށް އަދާކުރަންޖެހެނީ ޖޯތީ އެޖެންސީސްއިން ފޮނުވި މުދަލުގެ ތެރެއިން ވިއްކުނު މުދަލުގެ އަގުކަމަށް ކަނޑައަޅައި،
3.3- މުދާ ރާއްޖެއަށް ބާލައި ކަސްޓަމްސް އިން ކްލިއަރކޮށް މުދާ ބެލެހެއްޓުމަށް ކުރަންޖެހުނު ޚަރަދުތައް ގޯލްޑްވެލީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ކޮށްފައިވާކަމަށް ގޯލްޑްވެލީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ހެކިންގެ ހެކިބަހުގައި ފާހަގަކޮށްފައިވާތީ މިފަދަ އެއްވެސް ޚަރަދެއް ގޯލްޑްވެލީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ކޮށްފައިވާކަން ޝަރީޢަތަށް ސާބިތުވޭތޯ ބަލައި، ސާބިތުވާނަމަ އެ ފައިސާއަކީ ޖޯތީ އެޖެންސީސްގެ މުދާ ވިއްކައި ލިބޭ ފައިސާއިން ގޯލްޑްވެލީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ދިނުމަށްޓަކައި އުނިކުރަންޖެހޭ ފައިސާއެއްކަމުގައި ކަނޑައަޅައި އަލުން މައްސަލަ ބެލުމަށް ސިވިލް ކޯޓަށް ތަޙްވީލުކުރިއެވެ .
4ސިވިލް ކޯޓުގެ ނަންބަރު 1931/Cv-C/2015 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމް ބާޠިލްކޮށް ދިވެހިރާއްޖޭގެ ހައިކޯޓުން އިސްވެ ދެންނެވުނު ކަންކަމުގެ މައްޗަށް ބަލައި ފައިސަލާ ކުރަނިވި ޙުކުމެއް ކުރުމަށްޓަކައި ސިވިލް ކޯޓަށް ތަޙްވީލްކޮށްފައިވ މައްސަލާ ސިވިލް ކޯޓުގެ ނަންބަރު 2744/Cv-C/2019 އިން ބެލިއެވެ . ނަމަވެސް އެ މައްސަލައިގައި ދަޢުވާކުރާ ފަރާތް ކަމުގައިވާ ގޯލްޑްވެލީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އެ މައްސަލަ ކުރިއަށް ގެންދަން ބޭނުންނުވާކަމަށް ބުނުމުން އެ މައްސަލަ އިތުރަށް ކުރިއަށް ގެންދާނެ ތަނެއް ނެތްކަމަށް ކަނޑައެޅިއެވެ. އަދި ސިވިލް ކޯޓަށް ތަޙްވީލުކުރެވުނު މައްސަލަ ބަލައިދިނުމަށް ޖޯތީ އެޖެންސީސްއިން އެދޭނަމަ އެމައްސަލަ ހުށަހެޅުމުގެ ހައްޤު ޖޯތީ އެޖެންސީސްއަށ ލިބިގެންވާކަމަށް ޙުކުމުކުރިއެވެ .
5އެގޮތުން ޖޯތީ އެޖެންސީސްގެ ފަރާތުން އެ މައްސަލަ ބަލައިދިނުމަށް އެދި ހުށަހެޅުމުން ސިވިލް ކޯޓުގެ ނަންބަރު 4075/Cv-C/2019 ޤަޟިއްޔާއިން މައްސަލަ ބަލާފައިވެއެވެ. ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރެވިފައިވަނީ މި މައްސަލައެވެ.
ސިވިލް ކޯޓުން މައްސަލަ ނިންމިގޮތް
6ސިވިލް ކޯޓުގެ ނަންބަރު 4075/Cv-C/2019 ޤަޟިއްޔާ އެކޯޓުން ބަލައި ނިންމާފައިވަނީ: "ދެންފަހެ، އިސްވެ ފާހަގަކުރެވުނު ނުކުތާތަކަށާއި، ހުށަހެޅިފައިވާ ބަޔާންތަކާއި ލިޔުންތަކުގެ މައްޗަށާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/408 ޤަޟިއްޔާގައި ފަނޑިޔާރުން ފާހަގަކޮށްފައިވާ ކަންކަމުގެ މައްޗަށް ރިޢާޔަތްކޮށް ބަލާއިރު، ޖޯތީ އެޖެންސީސް (ސަކަރާއި ސިކަންދަރު އާޒާދު) އާއި ގޯލްޑްވެލީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ދެމެދު ކުރެވުނު މަޝްވަރާތަކެއްގެ ދަށުން، ޖޯތީ އެޖެންސީސްގެ ފަރާތުން 22 ޖޫން 2015 ގައި އިންޑިއާގެ ޓުޓިކޮރިނ އިން ދިވެހިރާއްޖޭގެ އައްޑޫ ހިތަދޫ ބަނދަރަށް ފޮނުވާފައިވާ 1300 ބޭގް ސްޓޯން އެގްރިގޭޓް އާއި، 200 ބޭގް ކޯރސ ސޭންޑް ގެތެރެއިނ މިހާތަނަށް ވިކިފައިވާ މުދަލުގެ އަގަކީ ޖުމްލަ 1,345,783.17ރ (އެއްމިލިއަން ތިންލައްކަ ސާޅީސް ފަސްހާސް ހަތްސަތޭކަ އަށްޑިހަ ސަތާރަ ލާރި) ކަމަށް ދަޢުވާލިބޭ ގޯލްޑްވެލީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ބުނެފައިވާއިރު މިމުދާ ވިއްކައިގެން އެނޫން ޢަދަދަކަށް ފައިސާލިބިފައިވާކަން ޝަރީޢަތަށް ސާބިތުވާފަދަ ކާފީ ހެއްކެއް ދަޢުވާކުރާ ޖޯތީ އެޖެންސީސްގެ ފަރާތުން ހުށަހަޅާފައިނުވާތީ ބުނެވިދިޔަ މުދާ ވިއްކައިގެން މިހާތަނަށް ލިބުނު އަގުގެ ގޮތުގައި ޝަރީޢަތަށް ސާބިތުވާ މިންވަރަކީ ދަޢުވާލިބޭ ފަރާތުގެ އިޢުތިރާފުން އެނގެން އޮތް މިންވަރުކަމުގައިވާ 1,345,783.17ރ (އެއްމިލިއަން ތިންލައްކަ ސާޅީސް ފަސްހާސް ހަތްސަތޭކަ އަށްޑިހަ ސަތާރަ ލާރި) ކަމަށާއި، މިފައިސާގެ ތެރެއިން ގޯލްޑްވެލީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ހުށަހަޅާފައިވާ ލިޔުންތަކުން އެނގެން އޮންނަ 288,477.74ރ (ދެލައްކަ އަށްޑިހަ އަށްހާސް ހަތަރުސަތޭކަ ހަތްދިހަ ހަތް ރުފިޔާ ހަތްދިހަ ހަތަރު ލާރި) އާއި ދަޢުވާކުރާ ޖޯތީ އެޖެންސީސް (ސަކަރާއި ސިކަންދަރު އާޒާދު) އަށް ގޯލްޑްވެލީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން 30 ފަހަރެއްގެ މަތިން ފޮނުވާފައިވާކަން ދެފަރާތުގެ ބަހުންވެސް އެނގެން އޮންނަ US$18,000.00 (އަށާރަހާސް އެމެރިކާ ޑޮލަރު) އަށްވާ ދިވެހިރުފިޔާގެ ގޮތުގައި ދަޢުވާލިބޭ ގޯލްޑްވެލީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ހުށަހަޅާފައިވާ 286,710.00ރ (ދެލައްކަ އަށްޑިހަ ހަހާސް ހަތްސަތޭކަ ދިހަރުފިޔާ) އާއި އެކުޖުމްލަ 575,187.74ރ (ފަސްލައްކަ ހަތްދިހަ ފަސްހާސް އެއްސަތޭކަ އަށްޑިހަ ހަތްރުފިޔާ ހަތްދިހަ ހަތަރުލާއި) އުނިކުރުމުން ބާކީވާ 770,595.43ރ (ހަތްލައްކަ ހަތްދިހަ ހާސް ފައްސަތޭކަނުވަދިހަ ފަސްރުފިޔާ ސާޅީސް ތިންލާރި) އަކީ ގޯލްޑްވެލީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ޖޯތީ އެޖެންސީސް (ސަކަރާއި ސިކަންދަރު އާޒާދު) އަށް ދޭންޖެހޭ ފައިސާއެއްކަން މަދަނީ މިންގަނޑުން ޝަރީޢަތަށް ސާބިތުވެއްޖެ ކަމަށް ކަނޑައަޅައި މިފައިސާ 28 ޖަނަވަރީ 2021 މިދުވަހުނ ފެށިގެން މަދުވެގެން އެމަހަކަށް ޖެހޭވަރު އެމަހަކު ސިވިލް ކޯޓަށް ފައިސާ ދައްކަމުންގޮސް މީލާދީ 05 މަސްދުވަހުގެ ތެރޭގައި 770,595.43ރ (ހަތްލައްކަ ހަތްދިހަހާސް ފައްސަތޭކަނުވަދިހަ ފަސްރުފިޔާ ސާޅީސް ތިންލާރި) ދައްކާ ޚަލާސްކުރުމަށް ގޯލްޑްވެލީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް އަންގައި ޙުކުމްކޮށްފީމެވެ." މިފަދައިންނެވެ .
އިސްތިއުނާފީ ނުކުތާތައް
7ސިވިލް ކޯޓުގެ ނަންބަރު 4075/Cv-C/2019 ޤަޟިއްޔާ ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި ޚިލާފަށްކަމަށްބުނެ، ގޯލްޑްވެލީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ތިރީގައިވާ ނުކުތާތައް ހުށަހަޅައި، އެ ނުކުތާތަކާ ބެހޭ ގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. މިގޮތުން ހުށަހަޅާފައިވާ ނުކުތާތަކަކީ:
1.7- ޖޯތީ އެޖެންސީސްއާއި ގޯލްޑްވެލީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ދެމެދު ކުރެވުނު މަޝްވަރާތަކުގެ ދަށުން، ޖޯތީ އެޖެންސީސްގެ ފަރާތުން އިންޑިޔާގެ ޓުޓިކރިނ އިން އައްޑޫ ސިޓީ ހިތަދޫ ބަނދަރަށޮ ފޮނުވާފައިވާ 1300 ބޭގް ސްޓޯން އެގްރެގޭޓް އާއި 200 ބޭގް ކޯރސ ސޭންޑް ވިއްކުމަށް އިސްތިއުނާފުކުރާ ފަރާތުން ކުރި ޚަރަދު ސާބިތުކުރުމަށް ހުށަހެޅި "ސްޓޭޓްމަންޓް އެންޑް އެކްސްޕެންޑިޗަރ" ގެ ނަމުގައި ތައްޔާރުކޮށްފައިވާ 30 ނޮވެންބަރު 2015 ގެ ކުރީގެ ސްޓޭޓެމަންޓް އާއި 30 ނޮވެންބަރު 2015 ގެ ކުރީގެ ސްޓޭޓްމަންޓް އަދި މި ދެ ލިޔުމާ އެކު އެޓޭޗްކޮށްފައިވާ "ކޮންސްލިޑޭޓަށ ސްޓޭޓްމަންޓް އޮފް އިންކަނ އެންޑް އެކްސްޕެންޑިޗަރ" އަކީ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީން ހުއްދަދީފައިވާ މިނިވަން އޮޑިޓް ފާރަމަކުން ތައްޔާރުކޮށްފައިވާ ސްޓޭޓްމަންޓެއް ނޫންކަމުގައިޔާއި އެ ސްޓޭޓްމަންޓްތަކަކ އިސްތިއުނާފީ ކުރު ފަރާތުން ސާބިތުކުރަން ބޭނުންވާ ކަންކަން ސާބިތުކުރެވޭވަރުގެ ހެއްކެއްނޫންކަމަށ ބުން އެ ސްޓޭޓްމަންޓްތައް ބަލައިނުގަތުމަށް ދަށުކޯޓުން ނިންމާފައިވަނީ ކިތާބީ ދަލީލު ބަލައިގަތުމާ ގުޅޭގޮތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2010/SC-A/02 ޤަޟިއްޔާގައި ބަޔާންކުރައްވާފައިވާ ޤާނޫނީ އުޞޫލާއި ޤާނޫނު ނަންބަރު 13/2010 (ދިވެހިރާއްޖޭގ ފަނޑިޔާރުންގެ ޤާނޫނު)ގެ 5 ވަނަ މާއްދާގެ (ށ) އާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާ؛ އަދި
2.7- ޖޯތީ އެޖެންސީސްއާއި ގޯލްޑްވެލީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ދެމެދު ކުރެވުނު މަޝްވަރާތަކުގެ ދަށުން، ޖޯތީ އެޖެންސީސްގެ ފަރާތުން އިންޑިޔާގެ ޓުޓިކރިނ އިން އައްޑޫ ސިޓީ ހިތަދޫ ބަނދަރަށޮ ފޮނުވާފައިވާ 1300 ބޭގް ސްޓޯން އެގްރެގޭޓް އާއި 200 ބޭގް ކޯރސ ސޭންޑް ވިއްކުމަށް އިސްތިއުނާފުކުރާ ފަރާތުން ކުރި ޚަރަދު ސާބިތުކުރުމަށް ހުށަހެޅި "ސްޓޭޓްމަންޓް އެންޑް އެކްސްޕެންޑިޗަރ" ގެ ނަމުގައި ތައްޔާރުކޮށްފައިވާ 30 ނޮވެންބަރު 2015 ގެ ކުރީގެ ސްޓޭޓެމަންޓް އާއި 30 ނޮވެންބަރު 2015 ގެ ކުރީގެ ސްޓޭޓްމަންޓް އަދި މި ދެ ލިޔުމާ އެކު އެޓޭޗްކޮށްފައިވާ "ކޮންސްލިޑޭޓަށ ސްޓޭޓްމަންޓް އޮފް އިންކަނ އެންޑް އެކްސްޕެންޑިޗަރ" ގައި ހުރި ކަންކަން ސާބިތުކުރުމަށް ހުށަހެޅި ހެކިންނަކީ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީން ހުއްދަދީފައިވާ މިނިވަން އޮޑިޓަރުނ ނޫންކަމަށް ބުން އެފަރާތްތަކުގެ ހެކިބަސް ބަލައިނުގަތުމަށް ނިންމާފައިވަނީ ޤާނޫނު ނަންބަރު 24/76 (ހެއްކާބެހޭ ޤާނޫނު)ގެ 1 ވަނަ މާއްދާއާއި 5 ވަނަ މާއްދާއާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ. އިސްތިއުނާފީ ނުކުތާގެ ތަފްސީލުގައި ދެފަރާތުން ދެއްކި ވާހަކަ
8އިސްތިއުނާފުކުރާ ފަރާތުން ހުށަހެޅި ނުކުތާގެ ތަފްސީލުގައި އެފަރާތުން ބުނެފައިވަނީ އެ މައްސަލަ ސިވިލް ކޯޓުން ނިންމިއިރު ހައިކޯޓުން ބލުމަށެ އަންގަވާފައިވާ ކަންތައްތަކަށް ބަލާފައިނުވާކަމަށާއި، ޝަރީޢަތުން ކަނޑައަޅަން ޖެހޭ މުދަލުގެ އަގު ކަމަށް ޖޯތީ އެޖެންސީން އެތެރެ ކުރި މުދަލުގެ އަގު ޝަރީޢަތުން ކަނޑައަޅަނަ ޖެހޭކަމަށާއި އަދި މި މޢުމަލާތަކ ދީ ފަރާތެ ދެމެދުގަ ވިޔަފާރިއެއް ކުރުމަށް ކުރެވިފައިވާ މުއާމަލާތެއް ކަމުގައި ބެލެވެން ނެތަތީ ގޯލްޑްވެލީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ޖޯތީ އެޖެންސީއަށ ދައްކަން ޖެހޭނީ ޖޯތީ އެޖެންސީން ފޮނުވި މުދަލުގެ ތެރެއިން ވިއްކުނު މުދަލުގެ އަގު ކަނޑައި، މައްސަލައިގަ ބަޔާން ކުރާ މުދާ ރާއްޖެއަށް ބޭލުމަށް ކަސްޓަމްސް އިން ކްލިއަރކޮށް މުދާ ބެލެހެއްޓުމަށް ކުރަން ޖެހުނު ޚަރަދު ގޯލްޑްވެލީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ކޮށްފައިވާ ސްޓޭޓްމަންޓްތައް ބަލައިގެންފައި ނުވާކަމަށާއި، ދިވެހިރާއްޖޭގެ ސްޕުރީމް ކޯޓުގެ 2010/SC-A/02 ޤަޟިއްޔާގައި މިގޮތަށް ތައްޔާރުކުރެވޭ ލިޔުން ބަލައިގަތުމަށް ކަނޑައަޅުއްވާފައިވާކަމަށެވެ. އެހެންކަމުން އެ އުޞޫލާއި ފުށު އަރާތީވެ ސްޓޭޓްމަންޓްތައް ބަލައިނުގަންނަން ޖެހޭ އެއްވެސް ސަބަބެއް ނެތި ސްޓޭޓްމަންޓްގެ ސައްހަކަން ކަށަވަރު ކުރުމަށްޓަކައި ހެކިންތައް ހުށަހަޅައި އެ ހެކިންވެސް ހާޒިރު ކޮށްފައި ނުވާކަމަށެވެ.
9އިސްތިއުނާފު ކުރާ ފަރާތުން ދެއްކި ވާހަކައިގެ ރައްދުގައި އިސްތިއުނާފު ރައްދުވާ ފަރާތުން ބުނެފައިވަނީ އިސްތިއުނާފު ރައްދުވާ ފަރާތާއި ދެމެދު ކުރެވިފައިވާ މަޝްވަރާގެ ދަށުން ޖޯތީ އެޖެންސީގެ ފަރާތުން އިންޑިޔާގެ ޓުޓިކޮރިނ އިން އައްޑޫ ސިޓީ ހިތަދޫ ބަނދަރަށް ފޮނުވާފައިވާ 1300 ބޭގް ސްޓޯން އެގްރެގޭޓް އާއި 200 ބޭގް ކޯރސް ސޭންޑްގެ ތެރެއިން މިހާތަނަށް ވިކިފައިވާ ޖުމުލަ އަގަކީ 783.17,3451,ރ (އެއް މިލިއަން ތިން ލައްކަ ސާޅީސް ފަސްހާސް ހަތް ސަތޭކަ އަށްޑިހަ ތިން ރުފިޔާ ސަތާރަ ލާރި) ކަމާއި މިފައިސާގެ ތެރެއިން ގޯލްޑްވެލީ މޯލްޑވްސި ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ސ. ހިތަދޫ ޕޯޓަށް ދައްކާފައިވާ ކަމަށް އެނގެން އޮންނަ 288,477.74ރ (ދެ ލައްކަ އަށްޑިހަ އަށްހާސް ހަތަރު ސަތޭކަ ހަތްދިހަ ހަތް ރުފިޔާ ހަތްދިހަ ހަތަރު ލާރި) އާއި މި މުދަލުގެ އަގަށް ތިން ފަހަރުގެ މަތީން މީގެ ކުރިން ގޯލްޑްވެލީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ޖޯތީ އެޖެންސީއަށް ދައްކާފައިވާ 286,710.00ރ (ދެ ލައްކަ އަށްޑިހަ ހަހާސް ހަތް ސަތޭކަ ދިހަ ރުފިޔާ) އެކު ޖުމުލަ 575,187.74ރ (ފަސް ލައްކަ ހަތްދިހަ ފަސް ހާސް އެއްސަތޭކަ އަށްޑިހަ ހަތް ރުފިޔާ ހަތްދިހަ ހަތަރު ލާރި) އުނި ކުރުމުން ބާކީވާ 770,595.43ރ (ހަތް ލައްކަ ހަތްދިހަ ހާސް ފަސް ސަތޭކަ ނުވަދިހަ ފަސް ރުފިޔާ ސާޅީސް ތިން ލާރި) އކަ ގޯލްޑްވެލީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ޖޯތީ އެޖެންސީއަށ ދައްކަން ޖެހޭ ފައިސާއެއް ކަމަށް ކަނޑައަޅުއްވައި 28 ޖަނަވަރީ 2021 ވަނަ ދުވަހުން ފެށިގެން 05 ދުވަހުގެ ތެރޭގައި މި ފައިސާ ދައްކައި ޙަލާސ ކުރުމަށް ގޯލްޑްވެލީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ މައްޗަށް އަންގާފައިވާ ހިނދު މިއަދާއި ހަމައަށްވެސް މި ފައިސާ ދެއްކުމަށް އުޒުރު ދައްކައި ހެދުމުގެ ގޮތުން ކުރާ ޢަމަލެއްގެ ކަމުގައި އިސްތިއުނާފު ރައްދުވާ ފަރާތުން ދެކޭކު މަށެވެ. އަދ އިސްތިއުނާފި ކުރު ފަރާތުން ކުރި ޚަރަދު ޡާބިތ ކުރުމަށު ހުށަހަޅާފައިވް ސްޓޭޓްމަންޓް ތައްޔާރު ކޮށްފައިވާ ލިޔުންތައް ބަލާ ނިންމާފައިވަނީ ޤާނޫނު ނަންބަރު 76/24 (ހެއްކާބެހޭ ޤާނޫނު) ގެ 01 ވަނަ ނަންބަރާއި 50 ވަނަ މާއްދާ އާއި ޚިލާފަށް ކަމަށް ބުނާއިރު އެއީ ގޯލްޑްވެލީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ އިހުމާލެއް ކަމާއި އެކަމުގެ ސަބަބުން ކަމެއް ސާބިތުކޮށް ނުދެވުމަކީ ޝަރީޢަތުން ނުވަތަ ދަޢުވާ ލިބޭ ނުވަތަ އިސްތިއުނާފު ރައްދުވާ ފަރާތުގެ ޒިންމާއެއް ނޫން ކަމާއި ޝަރީޢަތަށް ސާބިތު ކޮށްދިނުމަށް ހެކި ހުށަހަޅައި ނަމަ އެކަމުގެ ޒިންމާ އޮންނާނީ ހުށަހަޅައި ފަރާތުގެ މައްޗަށް ކަމާއި ޝަރީޢަތަކީ ބޭރު ފުށަށް ހިނގާ އެއްޗެއް ކަމުން ޝަރީޢަތުން ސާބިތުވާނީ ހުށަހެޅޭ ހެކި ޤަރީނާގެ މައްޗަށް ކަމަށް އިސްތިއުނާފު ރައްދުވާ ފަރާތުން ދެކޭކަމަށެވެ.
ޝަރީޢަތަށް ފާހަގަކުރެވުނު ކަންކަން
10އިސްތިއުނާފު ކުރާ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާއަކީ އެފަރާތުން ހުށަހެޅި "ސްޓޭޓްމަންޓް އެންޑް އެކްސްޕެންޑިޗަރ" ގެ ނަމުގައި ތައްޔާރުކޮށްފައިވާ 30 ނޮވެންބަރު 2015 ގެ ކުރީގެ ސްޓޭޓެމަންޓއާ 30 ނޮވެންބަރު 2015 ގެ ކުރީގެ ސްޓޭޓްމަންޓް އަދި މި ދެ ލިޔުމާ އެކު އެޓޭޗްކޮށްފައިވާ "ކޮންސްލިޑޭޓް ސްޓޭޓްމަންޓް އޮފް އިންކަނ އެންޑް އެކްސްޕެންޑިޗަރ" ބަލައިނުގަތުމަށް ނިންމި ނިންމުމާއި، އެ ސްޓޭޓްމަންޓްތަކުގައ ހުރި ކަންކަން ޘާބިތުކުރުމަށް ހުށަހެޅި ހެކިން ބަލައިނުގަތުމަށް ނިންމި ނިންމުން އެއީ ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) އާއި އަދި ޤާނޫނު ނަންބަރު 24/76 (ހެއްކާބެހޭ ޤާނޫނު)ގެ 1 ވަނަ މާއްދާއާއި 5 ވަނަ މާއްދާއާ ޚިލާފަށް ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
11އިސްތިއުނާފު ކުރެވިފައިވާ މައްސަލައަކީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/408 ޤަޟިއްޔާއިން ސިވިލްކޯޓުގެ ނަންބަރު 1931/Cv-C/2015 ޤަޟިއްޔާ ބާޠިލްކޮށް އަލުން އެ މައްސަލަ ބެލުމަށް ތަޙްވީލުކުރުމުން ބެލުނު ޤަޟިއްޔާއެވެ. އެގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/408 ޤަޟިއްޔާއިން މައިގަނޑު 3 ކަމެއް އަލުން ބެލުމަށް ސިވިލް ކޯޓަށް ތަޙްވީލުކޮށްފައިވެއެވެ. އެކަންކަމުގެ ތެރެއިން އިސްތިއުނާފުކުރެވިމިވާ މައްސަލައިގައި ޚުސޫމާތު އުފެދިގެން މިއުޅެނީ މުދާ ރާއްޖެއަށް ބާލައި ކަސްޓަމްސް އިން ކްލިއަރކޮށް މުދާ ބެލެހެއްޓުމަށް ކުރަންޖެހުނު ޚަރަދުތައް ގޯލްޑްވެލީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ކޮށްފައިވާކަމަށް ގޯލްޑްވެލީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ހުށަހެޅި ހެކިންގެ ހެކިބަހުގައި ފާހަގަކޮށްފައިވާތީ މިފަދަ އެއްވެސް ޚަރަދެއް ގޯލްޑްވެލީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ކޮށްފައިވާކަން ޝަރީޢަތަށް ސާބިތުވޭތޯ ބަލައި، ސާބިތުވާނަމަ އެ ފައިސާއަކީ ޖތީ އެޖެންސީސްގޯ މުދާ ވިއްކައި ލިބޭ ފައިސާއިން ގޯލްޑްވެލީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ދިނުމަށްޓަކައި އުނިކުރަންޖެހޭ ފައިސާއެއްކަމުގައި ކަނޑައަޅުމަށް އެންގި އެންގުމާ ގުޅިގެންކަން އެނގެއެވެ.
12ބުނެވުނު ކަންކަން ސާބިތުކުރުމަށް އިސްތިއުނާފު ކުރާ ފަރާތުން ހުށަހެޅި ލިޔުންތަކަކީ "ސްޓޭޓްމަންޓް އެންޑް އެކްސްޕެންޑިޗަރ" ގެ ނަމުގައި ތައްޔާރުކޮށްފައިވާ 30 ނޮވެންބަރު 2015 ގެ ކުރީގެ ސްޓޭޓެމަންޓއާ 30 ނޮވެންބަރު 2015 ގެ ކުރީގެ ސްޓޭޓްމަންޓް އަދި މި ދެ ލިޔުމާ އެކު އެޓޭޗްކޮށްފައިވާ "ކޮންސްލިޑޭޓަށް ސްޓޭޓްމަންޓް އޮފް އިންކަނ އެންޑް އެކްސްޕެންޑިޗަރ" ނަމަކަށް ކިޔާ ދެ ސްޓޭޓްމަންޓްތަކެވެ . މި ސްޓޭޓްމަންޓުތަކަށް ބަލާއިރު، އެއީ ގޯލްޑްވެލީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ހިސާބު ޖަހައި އެފަރާތުން އަމިއްލައަށް ތައްޔާރުކޮށްފައިވާ ސްޓޭޓްމަންޓުތކެކެވެ. އަދި "ނޯޓްސ ޓް ދަ ސްޓޭޓްމަންޓް އޮފް އިންކަމް އެންޑަ އެކްސްޕެންޑިޗަރ" އެވެ ކިޔުނު ލިޔުމަކީވެސް ގޯލްޑްވެލީ އިން އަމިއްލައަށް ތައްޔާރުކޮށްފައިވާ ލިޔުމެއްކަން އެ ލިޔުމަށް ބެލުމުން އެނގެން އޮވެއެވެ .
13HN1HN2HN3މައްސަލައެއްގައި ޚަސްމުން ހުށަހަޅާ ކިތާބީ ހެކި ނުވަތަ ހާޟިރުކޮށްދިނުމަށް އެދޭ ހެކިން ނުވަތަ ޚަޞްމުން ހުށަހަޅާ އެއްވެސް ހެއްކަކަށް މައްސަލަ ބަލާ ފަނޑިޔާރު ރިޢާޔަތް ނުކުރަން ނިންމާނަމަ، ރިޢާޔަތް ނުކުރަން ސިވިލް ކޯޓުގެ ނަންބަރު 4075/Cv-C/2019 ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓާއެކު ހުށަހެޅުނު ލިޔުންތަކުން އެނގެންއޮވޭ "ސްޓޭޓްމަންޓް އެންޑް އެކްސްޕެންޑިޗަރ" އަދި "ކޮންސްލިޑޭޓަށ ސްޓޭޓްމަންޓް އޮފް އިންކަނ އެންޑް އެކްސްޕެންޑިޗަރ" ލިޔުމަށް ބެލުމުން އެނގެންއޮވޭ ނިންމި ސަބަބު ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގައި ފާހަގަކުރަންވާނެކަމަށް ދިވެހިރާއްޖޭގެ އިސްތިއުނާފީ ކޯޓުތަކުން ކަނޑައަޅާފައިވެއެވެ. މި މައްސަލައަށް ބަލާއިރު ހެކި ބަލައިނުގަތުމަށް ފަނޑިޔާރު ނިންމެވި ސަބަބު ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. އެގޮތުން މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުގެ ފަސްވަނަ ކަމެއްގެ ގޮތުގައި އިސްތިއުނާފު ކުރާ ފަރާތުން ހުށަހެޅި ސްޓޭޓްމަންޓްތަކަކީ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއިން ހުއްދަދީފައިވާ މިނިވަން އޮޑިޓް ފާރމެއ މެދުވެރިކޮށް ތައްޔާރުކޮށްފައިވާ ސްޓޭޓްމަންޓްތކެއަ ނޫންކަން އެނގެން އޮންނަ ކަމަށާއި، ސްޓޭޓްމަންޓް ތަކުގައި ހިމަނާފައިވާ ޚަރަދުތަކުގެ ތެރޭގައި ޝިޕިން ކްލިއަރިންގ ޗާރޖަސްގ ގޮތުގައެ ހިމަނާފައިވާ ފައިސާއާއި، ޑެލިވަރީ ޗާރޖަސްގ ގޮތުގައެ ހިމަނާފައިވާ ފައިސާއާއި، އެޑްމިނިސްޓްރޭޓިވް ޗަރޖަސްގެ ގޮތުގައާއި، ފިކްސްޑް އެސެޓްގ ގޮތުގައެ ހިމަނާފައިވާ ފައިސާއަކީ ހަމައެކަނި ޖޯތީ އެޖެންސީ ގެ ފަރާތުން މުދާ ބާލައި ކަސްޓަމްސްއިން ކްލިއރަ ކޮށް އެމުދާ ބެލެހެއްޓުމަށް ކޮށްފައިވާ ޚަރަދެއްކަން އެނގެން ނެތްކަމަށް ބަޔާންކޮށްފައިވެއެވެ. އަދި އެ ރިޕޯޓުގެ އަށްވަނަ ކަމެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ ސްޓޭޓްމަންޓް ތަކުގައި ބަޔާންވެގެންވާ މަޢުލޫމާތު ތަކުގެ ސައްޙަކަން ކަށަވަރު ކުރެވޭނީ ގޯލްޑްވެލީ މޯލްޑިވްސް ޕްރިވެޓް ލިމިޓެޑްގެ ފަރާތުން އެ މުޢަމަލާތްތަށް ކޮށްފައިވާކަމަށް ސްޓޭޓްމަންޓްތަކުގައި ބަޔާންކޮށްފައިވާ ޚަރަދުތައް އެގޮތުގެމަތީން ކޮށްފައިވާކަން އެނގޭ ފައިސާގެ ރަސީދުތަކާއި ޕޭމަންޓް ވައުޗަރ ތަކާއި، ފައިސާ ޙަވާލުކޮށްފައިވާކަން އެނގޭފަދަ ކިތާބީ މުސްތަނަދުތަކއްގެ މައްޗަށްކަމާއި، ސްޓޭޓެމަންޓްތަކުގައި ހިމެނޭ މަޢުލޫމާތަކީ ޞައްޙަ މަޢުލޫމާތެއްކަން ސާބިތުކުރުމަށް ހުށަހަޅާ ޝަފަހީ ހެކީންގެ ހެކިބަހުން ބުރަދަނެއް ލިބޭނީ އެފަދަ ސްޓޭޓެމަންޓަކީ މިނިވަން އޮޑިޓް ފާރަމަކުން ތައްޔާރުކޮށްފައިވ ނުވަތާ މީރާއިން ހުއްދަދީފައިވާ މިނިވަން އޮޑިޓަރަކު ތައްޔާރުކޮށްފައިވާ ސްޓޭޓްމެންޓެއްކަމަށް ވެފައި އެސްޓޭޓްމަންޓް ތައްޔާރުކުރި ގޮތުގެ މައްޗަށް ސްޓޭޓްމަންޓް ތައްޔާރުކުރި ފަރާތުން ދޭ ހެކިބަހެއް ކަމަށް ވާނަމަކަމާއި، ގޯލްޑްވެލީ މޯލްޑިވްސް ޕްރިވެޓް ލިމިޓެޑްގެ ފަރާތުން ހުށަހެޅި ޝަފަހީ ހެކިންނަނީ އެފަދަ ބައެއްކަން އެނގެން ނެތުމެވެ .
14އިސްތިއުނާފު ކުރާ ފަރާތުން ރިޢާޔަތްނުކުރާ ކަމަށް ބުނާ ސްޓޭޓްމަންޓަތަކަށް ބަލާއިރު، އެ ސްޓޭޓްމަންޓްތަކަކީ އިސްތިއުނާފުކުރާ ފަރާތުން އަމިއްލައަށް ތައްޔާރުކޮށްފައިވާ ސްޓޭޓްމަންޓްތަކެއްކަން އެނގެއެވެ. އަދި އެ ސްޓޭޓްމަންޓްތަކަށް ބާރުލިބޭ ފަދަ އިންވޮއިސްތަކެއް ނުވަތަ އެހެންވެސް ފައިނޭންޝިއަލް ލިޔެކިޔުމެއް އެފަރާތުން ހުށަހަޅާފައިނެތެވެ.
15ހަމައެއާއެކު ހުށަހެޅުނު ސްޓޭޓްމަންޓްތަކަކީ ކުންފުންޏެއް ގެ އޮޑިޓްކުރެވޭއިރު، އެކަންކަމަށް ބަލައި އޭގެ ސައްޙަކަން ކަށަވަރުކުރެވޭ ލިޔުންތަކެކެވެ. އެފަދަ އޮޑިޓެއް މި މައްސަލައިގައި އިސްތިއުނާފުކުރާ ފަރާތުން ކޮށް، އެ ސްޓޭޓްމަންޓްގެ ސައްޙަކަން ކަށަވަރުކުރެވިފައިނުވެއެވެ. އެހެންކަމުން އެ ލިޔުންތަކަކީ މައްސަލައިގައި ކަން ހިނގާފައިވާ ގޮތް ދޭހަކޮށްދޭ ޙަޤީޤީ މުސްތަނަދެއްކަމުގައި ނުބެލެވެއެވެ.
16ބުނެވުނު ސްޓޭޓްމަންޓްތަކުގައ ހިމެނި މަޢުލޫމާތަކީ ސައްޙަ މަޢުލޫމާތެއްކަން ސާބިތުކުރުމަށް ޝަފަހީ ހެކިންގެ ގޮތުގައި އިސްތިއުނާފު ކުރާ ފަރާތުން 3 ހެއްކެއް ހުށަހަޅާފައިވެއެވެ . އެއީ: (1)މޫސާ ޙަނީފް، ދަފްތަރު ނަންބަރު ރސ 2124 (2)އިބްރާހީމް ވަޙީދު، އަތިރީގެ – މެނޭޖިންގ ޑިރެކްޓަރ، ގޯލްޑްވެލީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް (3)ޢަބްދު ﷲ ފަޞީޙް. ފަޞީޙުގެ ކޯޓުގެ ނަންބަރު 4075/Cv-C/2019 ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓު ސިވިލް ކޯޓުގެ ނަންބަރު 4075/Cv-C/2019 ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓު
17ބަޔާންކުރެވުނު ހެކިންނަށް ބަލާއިރު، އިބްރާހީމް ވަޙީދަކީ ގޯލްޑްވެލީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ކުންފުނީގެ މެނޭޖިން ޑިރެކްޓަރަށްވެފައި ދެން ތިބި ދެ ހެކިންނަކީ ކުންފުންޏާ ކިހިނެތް ގުޅުން ހުރި ބައެއްކަން އެނގޭކަށް ނެތެވެ.
18ޚުސޫމާތު އުފެދިގެން އުޅޭ ލިޔުން ތަކަކީ އޭގެ ސައްޙަކަން އެކުންފުންޏެއް ގެ އޮޑިޓުކުރެވިގެން މެނުވީ ކަށަވަރުކުރެވޭނެ ލިޔުންތަކަކަށް ނުވާއިރު، އަދި ހުށަހަޅާފައިވާ ޝަފަހީ ހެކިންނަކީ އެކަމާ ގުޅޭ މާހިރުން ނޫންކަމަށް އިސްތިއުނާފު ކުރާ ފަރާތުން ހުށަހެޅި އިސްތިއުނާފީ ފޯމުގެ ތަފްސީލުނވެސް އެނގެން އޮތްއިރު، އެލިޔުމުގައި ހިމެނޭ މަޢުލޫމާތުގެ ސައްޙަކަން ކަށަވަރުކުރުމަށް ހުށަހަޅާފައިވާ ހެކިންނަކީ އެ ލިޔުންތަކުގެ ސައްޙަކަން ކަށަވަރުކުރެވިދާނެ ފަދަ ހެކިންނެއ ކަމުގައް ނުބެލެވެއެވެ.
19އެހެންކަމުން، އިސްވެ ދެންނެވުނު ކަންކަން އެގޮތުގެ މަތިން ހުރުމުން، ސިވިލް ކޯޓުގެ ނަންބަރު 4075/Cv-C/2019 ޤަޟިއްޔާގެ ނިންމުމަށް ބަދަލު ގެންނަންޖެހޭ ފަދަ ސަބަބެއް އޮތް ކަމަށް އަހުރެން ނުދެކެމެވެ.
ފަނޑިޔާރު މުޙައްމަދު ނިޔާޒް ރައުޔު
20އިސްތިއުނާފު ކުރެވިފައިވާ މައްސަލައަކީ ދެ ފަހަރަށް ޝަރީޢަތް ހިންގައި ދެވަނަ ފަހަރަށް އިސްތިއުނާފު ކުރެވިފައިވާ މައްސަލައެކެވެ.
21ގޯލްޑްވެލީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ("ގޯލްޑްވެލީ") އަށް ދަޢުވާ ރައްދުކޮށް، މިމައްސަލަ ފުރަތަމަ ދަށުކޯޓަށް ހުށަހެޅީ ޖޯތީ އެޖެންސީންނެވެ. އެމައްސަލަ ދަށު ކޯޓުން ބެލީ، 1931/Cv-C/2015 ޤަޟިއްޔާ އިންނެވެ. އެޤަޟިއްޔާ ނިމުނު ގޮތާއިމެދު ހިތްހަމަ ނުޖެހިގެން، ގޯލްޑްވެލީގެ ފަރާތުން އެޤަޟިއްޔާ މިކޯޓުގައި އިސްތިއުނާފު ކުރުމުން، މިކޯޓުގެ ނަންބަރު:2016/HC-A/408 ޤަޟިއްޔާއިން އެމައްސަލަ ބަލައި، ދަށު ކޯޓަށް ތަހުވީލު ކުރިއެވެ.
22މިމައްސަލަ ދަށު ކޯޓަށް ތަހުވީލު ކުރުމުން، އެމައްސަލަ ސިވިލްކޯޓުގެ ނަންބަރު:2744/Cv-C/2019 ޤަޟިއްޔާއިން ބަލަމުންގެންދިޔައީ ގޯލްޑްވެލީގެ ފަރާތުން ދަޢުވާ ކުރާ މައްސަލައެއްގެ ގޮތުގައި ބަލައިގެންނަ ވެ. މިގޮތަށް މިމައްސަލަ ކުރިއަށް ގެންދަނިކޮށް، ގޯލްޑް ވެލީއަކ ދަޢުވީ ކުރާ ފަރާތްކަމުގައި ބެލިފައިވާތީ، ގޯލްޑވެލީގް ފަރާތުން މިމައްސަލަ އިތުރަށް ކުރިއަށް ގެންދަން ބޭނުން ނުވާކަމަށް ބުނެފައިވެއެވެ. އެހެންވެ، ސިވިލް ކޯޓުގެ ނަންބަރު:2744/Cv-C/2019 ޤަޟިއްޔާ ކުރިއަށް ގެންދާނެ ތަނެއް ނެތްކަމަށް ކަނޑައެޅިއެވެ. އެޤަޟިއްޔާގެ ޙުކުމުގައި ބަޔާން ކުރަނީ؛ "ދިވެހިރާއްޖޭގ ހައިކޯޓުގެ ނަންބަރު:2016/HC-A/408 ޤަޟިއްޔާއިން ސިވިލްކޯޓަށް ތަހްވީލް ކޮށްފައިވާ މިމައްސަލައިގެ ދަޢުވާކުރާ ފަރާތް ކަމުގައިވާ ގޯލްޑްވެލީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ދަޢުވާކުރާ ފަރާތުގެ ޙައިޞިއްޔަތުން މިމައްސަލަ ކުރިއަށް ގެންދަން ބޭނުންނުވާކަމަށް ބުނެ ބަޔާންދީފައިވާތީ، މިމައްސަލަ އިތުރަށް ބަލައި ކުރިއަށް ގެންދާނެ ތަނެއްނެތްކަމަށް ކަނޑައަޅައި، އަދި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު2016/HC-A/408 ޤަޟިއްޔާއިން ސިވިލްކޯޓަށް ތަހުވީލު ކޮށްފައިވް މިމައްސަލަ ބަލައިދިނުމަށް ޖޯތީ އެޖެންސީނ އިން އދޭނަމެ އެމައްސަލަ ހުށަހެޅުމުގެ ޙައްޤު ޖޯތީ އެޖެންސީއަށް ލިބިގެންވާ ކަމަށް ޙުކުމް ކޮށްފީމެވެ."
23HN4ކޯޓަށް ހުށަހެޅިފައިވާ ދަޢުވާ ކުރިއަށްނުގެން ގޮސް،(discontinuace) ދަޢުވާ ދޫކޮށްލުމަށް (abandon) ދަޢުވާކުރާ ފަރާތުން އެދުމުން، އެކަމަކީ، ކޯޓުން ހުއްދަދެވިދާނެ ކަމެއްތޯ އިންޞާފުގެ ބޭނުމަށްޓަކައި ބަލަންޖެހޭ ކަމަށް ދެކެމެވެ. އަދި އެޢަމަލަކީ، ޝަރީޢަތުގެ ނިޒާމު ނަހަމައިން ބޭނުން ކުރާކުރުމެއްކަމަށް ފަނޑިޔާރަށް ބުރަވޭވޭ ޙާލަތުގައި،އެކަނ ހުއްޓުވުމަށް ފިޔަވަޅު އެޅުމަށް ކޯޓުތަކުގެ ޒާތުގައި ލިބިގެންވާ އިޚްތިޞާޞް (inherent jurisdiction) ގެ ތެރެއިން ކޯޓުން ފިޔަވަޅު އަޅަންޖެހޭ ޙާލަތެއްކަމުގައި ދެކެމެވެ. "ސިވިލ ކޯޓަށް ތަޙްވީލުވާ (ފުރާތުވާ) މައްސަލަތަކާއިމެދު ޢަމަލުކުރާނެ ގޮތުގެ ޤަވާއިދު" ގެ 5 ވަނަ މާއްދާގެ (ށ) " މި ޤަވާޢިދުގެ 3 ވަނަމާއްދާގެ (ށ) ގައިވާ ގޮތުގެމަތިން ސިވިލް ކޯޓަށް ތަޙްވީލުވާ މައްސަލަތައް ރަޖިސްޓްރީކުރުމުގައ މައްސަލި ހުށަހެޅިފަރާތްކަމުގައި ބަލާނީ އެމައްސަލަ އިސްތިއުނާފު ކުރި ފަރާތެވެ."
24HN5ޙަޤީޤަތުގައި މިމައްސަލައަކީ، ގޯލްޑްވެލީގެ ފަރާތުން ފުރަތަމަ ދަޢުވާ ކުރި މައްސަލައެއް ނޫނެވެ. ގޯލްޑވެލީއަކީ، ފުރަތަމަ މައްސަލައިގައި ދަޢުވާ ރައްދުވާ ފަރާތެވެ. ތަޙްވީލު ކުރި ޤަޟިއްޔާއެއްގެ ހިންގުމުގެ ބޭނުމަށް ހައިކޯޓުގައި އިސްތިއުނާފު ކުރި ފަރާތަކީ، ދަށުކޯޓުގައި "ދަޢުވާކުރާ" ފަރާތް ކަމަށް ބެލުމަކީ، ދަޢުވާއެއް ދަށުކޯޓު ގައި ފުރަތަމަ ފެށި ފަރާތަށް ލިބިދެވޭ ދަޢުވާ ކުރިއަށްނުގެންގޮސް، ދަޢުވާ ދޫކޮށްލުމުގެ ޙައްޤު އެފަރާތަށް މުޠްލަޤަށް ލިބިދެވޭނެ ސަބަބެއް ނޫނެވެ.
25ގޯލްޑވެލީގް މިޢަމަލުން ފާޅުކަންބޮޑުގޮތެއްގައި ފެންނަން އޮތްކަމަކީ، ޝަރީޢަތުގެ ހަމަ، ނަހަމައިން ބޭނުން ކުރިކަމެވެ. އެހެނީ، ޖޯތީ އެޖެންސީނ ފުރަތަމް ހުށަހެޅަ މައްސަލި ދަށު ކޯޓުގެ ނަންބަރު:1931/Cv-C/2015 ޤަޟިއްޔާ އިން ބަލައި، އެޤަޟިއްޔާގެ ޙުކުމުން، ގޯލްޑްވެލީގެ މައްޗަށް، ޖޯތީ އެޖެންސީއަށް ފައިސާ ދައްކަންޖެހޭކަމަށް ކަނޑަ އެޅިއެވެ. ގޯލްޑްވެލީގެ ފަރާތުން، އެޙުކުމް ހައިކޯޓުގައި އިސްތިއުނާފުކުރުމުން، ހައިކޯޓުގެ ނަންބަރު:2016/HC-A/408 ޤަޟިއްޔާއިން، ދަށު ކޯޓުގެ އެ ޙުކުމް މުޠްލަޤަށް ބާޠިލެއް ނުކުރެއެވެ. އެޤަޟިއްޔާގެ ޙުކުމުގައި ހައިކޯޓުން ބ ނެފައިވަނީ، ދަށު ކޯޓުގެ ޙުކުމް ބާޠިލުކޮށް، ފައިޞަލާ ކުރަނިވި ޙުކުމެއް ކުރުމަށްޓަކައި ސިވިލް ކޯޓަށް ތަޙްވީލު ކުރީ ކަމަށެވެ. ވީމާ، ޖޯތީ އެޖެންސީނ ދަށް ކޯޓުގައި ފުރަތަމަ އުފުލި ދަޢުވާ ހައިކޯޓުން އެކަށައެޅި ހަމަތަކުގެ މަތިން، ފައިޞަލާ ކުރަނިވި ޙުކުމެއް ކުރުމަށް ފުރުޞަތު ގެއްލުވާލުމަށް ދަޢުވާ ކުރިއަށް ނުގެންދިއުމަށް ގޯލްޑްވެލީން މިކުރި ކަމަކީ، އެކަމުގެނަތީޖާއާ ގޯލްޑވެލީ ކުރިމަތިލާންޖެހޭން ޢަމަލެއްކަމުގައި ދެކެމެވެ.
26މިގޮތުން، ހައިކޯޓުން ތަހުވީލު ކުރި މައްސަލައިގައި، ފާހަގަ ކޮށްފައިވާ ގޮތަށް، ގޯލްޑްވެލީގެ ފަރާތުން ކުރިކަމަށް ބުނާ ޚަރަދުތައް އެގޮތުގައި ކުރިކަން، ސާބިތުކޮށްދިނުމަށް ގޯލްޑް ވެލީއަށް ލިބިގެންދިޔަ ފުރުޞަތު ގޯލްޑވެލީގް އަމިއްލަ އިޚްތިޔާރުން ދޫކޮށްލީ ކަމުގައި ޝަރީޢަ ތުން ބަލަންޖެހޭކަމަށް ދެކެމެވެ. ގޯލްޑވެލީގް ފަރާތުން ޚަރަދުތަކެއް ކުރިކަމަށް ބުނެ، އެކަމުގެ މައްޗަށް ބަރޯސާވެ އެކަންކަން އަލުން ބެލުމަށް ހައިކޯޓުން އެކަށައަޅައިދިން ފުރުޞަތު އަމިއްލައަށް ދޫކޮށްލުމަށްފަހު، އަލުން އެބުރިއައިސް، އަނެއްކާވެސް އެދިފާޢުތައް ސާބިތުކުރުމަށް ހެކި ހުށަހެޅުމަށް ފުރުޞަތު ދިނުންވެގެންދަނީ، ޝަރީޢަތުގެ ނިޒާމު ނަހަމަ ގޮތުގައިބޭނުން ކުރުމަށް ފުރުޞަތު ދިނުންކަމަށެވެ. އެގޮތަށް ޢަމަލު ކުރުމުގެ ފުރުޞަތު ކޯޓުން ދީގެން ނުވާނެއެވެ. ވީމާ، ގޯލްޑްވެލީއަށ އެމީހުން ކުރް ޚަރަދުތަކެއް ކަމަށް ބުނާ ޚަރަދުތައް ސާބިތު ކުރުމަށް ހެކި ހުށަހެޅުމަށް ފުރުޞަތު ދިނުމަކީ ކުރަންޖެހޭނެ އަދި ކުރެވޭނެ ކަމެއްވެސް ނޫނެވެ. ޝަރީޢަތުގެ ހަމަ، ނަހަމައިން ބޭނުންކުރިކަން ފާޅުކަން ބޮޑުގޮތެއްގައި އެގެން އޮވެފައި، އޭގެ ނަތީޖާއާ އެކަން ކުރި ފަރާތުން ކުރިމަތިލާން ނުޖެހޭ ގޮތަށް ޝަރީޢަތްތަށ ކުރިއަށް ގެންދާނަމަ، ޝަރީޢަތުގެ ހަމަތަކެއް ނުހިފެހެއްޓޭނެއެވެ.
27އެހެންކަމުން، ބަޔާންވެދިޔަ ސަބަބުތައް ފާހަގަ ކުރުމާއެކު، މިމައްސަލައިގައި ފަނޑިޔާރު މުޙައްމަދު ފައިޞަލްގެ ނިންމުމަށް އަހުރެން ތާއީދު ކުރަމެވެ.
ފަނޑިޔާރު މުޙައްމަދު ސަލީމްގެ ރައުޔު
28މިމައްސަލައިގައި ފަނޑިޔާރު މުޙައްމަދު ފައިޞަލްގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
އިސްތިއުނާފުކުރުމުގެ އިޖުރާއަތު ބަޔާންކޮށްދިނުން
29މި ޤަޟިއްޔާގައި ދިވެހިރާއްޖޭގެ ހައިކޯޓުން ޙުކުމް ކުރުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ ޙައްޤު މައްސަލައިގެ ޚަސްމުންނަށް ލިބިގެންވެއެވެ. އެގޮތުން އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ މުއްދަތަކީ ދިވެހިރާއްޖޭގެ ހައިކޯޓުން މި ޤަޟިއްޔާގައި ޙުކުމް ކުރާ ތާރީޚުން ފެށިގެން 30 (ތިރީސް) ދުވަހެވެ. އަދި އެ މުއްދަތުގެ ތެރޭގައި ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓު ޚަޞްމުންނަށް ޙަވާލުކޮށްފައިނުވާނަމަ، އިސްތިއުނާފުކުރުމުގެ މުއްދަތު ގުނަން ފަށާނެ ތާރީޚަކީ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓު . ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ހ)
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ސިވިލް ކޯޓަށް ތަޙްވީލުވާ (ފުރާތުވާ) މައްސަލަތަކާއިމެދު ޢަމަލުކުރާނެ ގޮތުގެ ޤަވާއިދުގެ 5 ވަނަ މާއްދާގެ (ށ)
- ހައިކޯޓުގެ 2016/HC-A/408
ޝަރީޢަތުގެ ވީޑިއޯ
ހައިކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.