ނިޒާރު އަޙްމަދު ވ. ވާދީ ޓްރޭޑަރސް އަދި މުހައްމަދު އަޙްމަދު ދީދީ
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- ސިވިލް ކޯޓު 2544/Cv-C/2019
- ފަހުގެ ތާރީޚު
- ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް
ކޯ ޓާމްސް
ޚުލާޞާ
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ކުންފުނީގެ މެނޭޖަރ އޮޕަރޭޝަންސްއަކާއި ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު ސޮއިކުރި، ކުންފުނީގެ ވިޔަފާރިތަކުގެ ސާފު ފައިދާގެ ހިއްސާއެއް ދިނުމުގެ އެއްބަސްވުމެއް، ބޯޑުގެ ނިންމުމެއް ނެތުމުން ތަންފީޛު ނުކުރެވޭނެ ކަމަށް ދަށުކޯޓުން ކަނޑައަޅައި، އިންޑޯ މެނޭޖްމެންޓް ރޫލްގެ އިސްތިސްނާ (އިންސައިޑަރ) ތަޠުބީޤުކުރުން ރަނގަޅުތޯ؛ އަދި އެ ނިންމުން ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 4 ވަނަ މާއްދާއާއި، ދަފްޢު ސާބިތުކުރުމުގެ އުޞޫލާއި، ހެއްކާބެހޭ ޤާނޫނުގެ 6 ވަނަ މާއްދާއާ ޚިލާފުތޯ.
ނިންމުން
ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައިއިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ޙުކުމް ޤާއިމް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 އިންޑޯ މެނޭޖްމެންޓް ރޫލަކީ، ކުންފުންޏާ މުޢާމަލާތްކުރާ ކުންފުނީގައި ނުހިމެނޭ ބޭރު ފަރާތަކަށް (outsider)، ކުންފުނިން ޢަމަލުކޮށްފައިވަނީ ކުންފުނީގެ އެތެރޭގެ ގަވާއިދުތަކާއި އުޞޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށް އިފްތިރާޟްކުރުން ޖާއިޒުކޮށްދޭ ރޫލެކެވެ؛ އެފަދަ ފަރާތަކަށް ކުންފުނީގެ އެތެރޭގެ ގަވާއިދު ތަޙްޤީޤުކޮށް، ކުންފުނި ތަމްސީލުކުރާ ފަރާތުގެ ސިފަތު ވަޒަންކުރަން ނުޖެހޭނެއެވެ.
HN2 އިންޑޯ މެނޭޖްމެންޓް ރޫލްގެ އިސްތިސްނާތަކަކީ: (1) ކަން އޮތްގޮތް ނުވަތަ އުނިކަން ހުރިކަން އެނގުން (actual knowledge)؛ (2) ފާޅުކަން ބޮޑު އުނިކަމެއް ހުރުމާއެކު ހޯދައި ބަލައި ދެނެގަތުން ލާޒިމުވުން (due inquiry)؛ (3) ކުންފުނީގެ Insider އެއްގެ ގޮތުން (ޑިރެކްޓަރު، ހިއްސާދާރު، މުވައްޒަފު، ނުވަތަ ގާތުން މުޢާމަލާތްކުރާ މީހަކު) ކުންފުނީގެ އެތެރޭގެ އިޖުރާއަތު އެނގުން؛ އަދި (4) ފޯޖަރީ ނުވަތަ ވަގު ލިޔުމެއް/ސޮއިއެއްގެ ޙާލަތެވެ؛ މި ޙާލަތްތަކުގައި އެ ރޫލްގެ ދިފާޢު ނުނެގޭނެއެވެ.
HN3 އިންޑޯ މެނޭޖްމެންޓް ރޫލްގެ އިސްތިސްނާ ތަޠުބީޤުވޭތޯ ބަލާނީ ކުންފުންޏާއި މުޢާމަލާތްކުރާ ފަރާތާ ދެމެދު އޮތް ގުޅުމަށެވެ؛ ކުންފުނީގެ މުވައްޒަފަކަށް، ޚާއްޞަކޮށް އިސް މަޤާމެއް އަދާކުރާ މުވައްޒަފަކަށް، ކުންފުނީގެ އެތެރޭގެ ގަވާއިދުތަކާއި އުޞޫލުތައް އެނގޭނެކަމަށް ބެލުމުގެ އިޙްތިމާލު ފާޅުކަން ބޮޑު ގޮތެއްގައި އޮވެއެވެ؛ ކުންފުނި ހިންގުމުގައި ހަރަކާތްތެރިވި، ގާތް ގުޅުމެއް އޮތް ފަރާތަކަށް އިންސައިޑަރގެ އިސްތިސްނާ ތަޠުބީޤުކުރުމަކީ ސުޕްރީމް ކޯޓުގެ 2017/SC-A/40 ގެ އުޞޫލުތަކާ ޚިލާފު ކަމެއް ނޫނެވެ.
HN4 ކުންފުނީގެ ހިއްސާ ދިނުމާއި ކުންފުނީގެ ވިޔަފާރިތަކުގެ ސާފު ފައިދާ (ޑިވިޑެންޑް) ދިނުމާ ގުޅޭ އެއްބަސްވުމަކީ ކުންފުނީގެ ހިއްސާދާރުންގެ މަޞްލަޙަތު ހިމެނޭ، ކުންފުންޏާބެހޭ ޤާނޫނާއި ކުންފުނީގެ ހިންގާ ގަވާއިދުގެ ދަށުން ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ނިންމަންޖެހޭ ކަމެކެވެ؛ ކުންފުންޏާއެކު ކުރާ އެއްބަސްވުމެއް ކުންފުނީގެ ހިންގާ ގަވާއިދާއި ކުންފުނިތައް ރެގިއުލޭޓްކުރާ އިޖުރާއަތުތަކާ ޚިލާފަށް ނުވެވޭނެއެވެ؛ އެހެންކަމުން ބޯޑުގެ ނިންމުމެއް ނެތި ވެވޭ އެފަދަ އެއްބަސްވުމެއް، ޞައްޙަ ލިޔުމެއް ކަމުގައި ވީނަމަވެސް، ތަންފީޛު ނުކުރެވޭނެއެވެ.
HN5 ޞައްޙަ ކަމަށް ސާބިތުވާ ލިޔުމެއްގައިވާ ބަޔާންތައް އިދިކޮޅު ސާބިތުނުވާހައި ހިނދަކު ޞައްޙަ ކަމުގައި ބަލަންޖެހޭ އުޞޫލު (2015/SC-A/02) ތަޠުބީޤުނުވަނީ، ކުންފުންޏަކާއި ފަރުދަކާ ދެމެދު ވެވޭ އެއްބަސްވުމެއްގެ މައުޟޫޢު ކުންފުނީގެ ބޯޑުން ނިންމަންޖެހޭ ކަންކަމަށް ބިނާވާ ޙާލަތުގައެވެ؛ ކުންފުންޏާ ގުޅޭ ކަންކަމުގައި ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކުރަންޖެހޭނީ ހިންގާ ގަވާއިދުގައިވާ ގޮތަށް ކަމަށްވާތީ، އެކަމަށް ބިނާކޮށް ކުރާ ނިންމުމަކީ ދަފްޢު ސާބިތުކުރުމުގެ އުޞޫލާ ޚިލާފު ނިންމުމެއް ނޫނެވެ.
HN6 ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 4 ވަނަ މާއްދާގެ ދަށުން (އަދި 2009/SC-A/30 ގައިވާ ގޮތަށް) ޤާނޫނަކުން ވަކި ސިފައެއް ލާޒިމުނުކުރާ ކޮންމެ ކޮންޓްރެކްޓަކީ ޞައްޙަ ކޮންޓްރެކްޓެއް ނަމަވެސް، ކުންފުންޏާއެކު ވެވޭ އެއްބަސްވުމެއްގައި ކުންފުންޏާބެހޭ ޤާނޫނާއި އަސާސީ ގަވާއިދުން ޚާއްޞަ އިޖުރާއަތެއް ލާޒިމުކުރާ ޙާލަތުގައި، އިންޑޯ މެނޭޖްމެންޓް ރޫލް ނުވަތަ އޭގެ އިސްތިސްނާ ތަޠުބީޤުވޭތޯ ބެލުމަކީ 4 ވަނަ މާއްދާއާ ޚިލާފު ކަމެއް ނޫނެވެ.
HN7 ދަށުކޯޓަށް ހުށަހެޅި ލިޔުމުން (އެއްބަސްވުމުން) ފާޅުވާ ޙަޤީޤަތްތަކަށް (މުޢާމަލާތްކުރި ފަރާތުގެ މަޤާމާއި، މުޢާމަލާތުގެ ބާވަތަށް) ބިނާކޮށް ކުރާ ނިންމުމަކީ، ހެއްކެއް ނެތި ކުރާ ނިންމުމެއް ނޫނެވެ؛ އެއީ ހެއްކާބެހޭ ޤާނޫނުގެ 6 ވަނަ މާއްދާއާއި ސުޕްރީމް ކޯޓުގެ ނިންމުންތަކާ ޚިލާފު ނިންމުމެއް ނޫނެވެ.
ވަކީލުންނާއި ފަނޑިޔާރުން
- ވަކީލުން
- —
- ބެންޗު
- ފަނޑިޔާރު ޙުޒައިފާ މުޙައްމަދު، ފަނޑިޔާރު މުޙައްމަދު ނިޔާޒް، ފަނޑިޔާރު މުޙައްމަދު ޝަނީޒް ޢަބްދުﷲ
- ރިޔާސަތު
- —
- ރައުޔު ލިޔުނު ފަނޑިޔާރު
- ފަނޑިޔާރު ޙުޒައިފާ މުޙައްމަދު · ތާއީދުކުރެއްވީ: ފަނޑިޔާރު މުޙައްމަދު ނިޔާޒް، ފަނޑިޔާރު މުޙައްމަދު ޝަނީޒް ޢަބްދުﷲ
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.
ފަނޑިޔާރު ޙުޒައިފާ މުޙައްމަދުގެ ރައުޔު
މައްސަލައިގެ ތަޢާރަފު
1މިއީ ސިވިލް ކޯޓުގ ނަންބަރު 2544/Cv-C/2019 ޤަޟިއްޔ އާ ކޯޓުން ނިންމާފައިވަނީ ޝަރުޢީ ނުވަތަ ޤާނޫނީ ހަމަތަކާއި ޚިލާފަށްކަމަށް ބުނެ އެ ޤަޟިއްޔާ އިސްތިއުނާފުކުރުމަށް އެދުޏ. ފުވައްމުލައް، ދޫޑިގަން. ނިއާ، ނިޒާރު އަޙްމަދ )ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރ ( ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބަލާފައިވާ ޤަޟިއްޔާއެވެ.
2މާ ޤަޟިއްޔާގައި އިސްތިއުނާފި ރައްދުވަނީވާދީ ޓްރޭޑިރސ ޕްރައިވެޓް ލިމިޓެޑް )ކުންފުނި ރަޖިސްޓްރޭޝަން ނަންބަރު: C-64/94( އަދި މާލެ، […] މުޙައްމަދު އަޙްމަދު ދީދީ )ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރ ( ގެ މައްޗަށެވެ.
މައްސަލައިގައި ކަންހިނގާފައިވާގޮތް
3މާ މައްސަލައިގެ ޚުޞޫމަތު ބިނާވަނީ ވިދާ ޓްރޭޑީރސ ޕްރައިވެޓް ލާމިޓެޑް )މީގެ ފަހުން "ވާދޫ ޓްރޭޑިރސ ޕްރައިވެޓް ލިމިޓެޑް" ނުވަތަ "ކުންފުނި" ނުވަތަ "އިސްތިއުނާފ ރައްދުވު ފަރާތް"( އއ ނިޒާރު އަޙްމަދު)މީގެ ފަހުން "ނިޒާރު އަޙްމަދު" ނުވަތަ "އިސްތިއުނާފުކުރާ ފަރާތް"( އާދެމެދ 01 ނޮވެމްބަރު 2010 ގައި ޢަމަލުކުރަން ފަށާފައިވާ އެއްބަސްވުމެއް ކަމަށް ބުނެ ނިޒާރު އަޙްމަދުގެ ފަރާތުން ހުށަހަޅާފައިވާ އެއްބަސްވުމެއްގެ މައްޗަށެވެ. ނިޒާރު އަޙްމަދުގެ ފަރާތުން ހުށަހަޅާފައިވާ މި އެއްބަސްވުމާށ ބަލާއިރު، މި އެއްބަސްވުމަކީ ވާދީ ޓްރޭޑީރސ ޕްރައިވެޓް ލިމިޓެޑްގެ ދަށުން ހާންގަމުން ގެންދާ ވާދޫ ހާރޑްވެއަރގެ ހުރިހާ ބްރާންޗްތަކުނ ލިބް ސާފު ފައިސާގެ 25 )ފަންސަވީސް( އިންސައްތީދަ ވ ހާރޑްވެއަރގެ މެނޭޖަރ އޮޕަރޭޝަންސްގެ މަޤާމުގައި ހުރި ނިޒާރު އަޙްމަދުއަށް ލިބިދިނުމަށްޓަކައި ވާދޫ ޓްރޭޑރސ ޕްރައިވެޓް ލިމިޓެޑާއި ނިޒާރު އަޙްމަދުއާ ދެމެދު ވެވޭ އެއްބަސްވުމެއްކަމުގައި ބަޔާންކުރެއެވެ. މި އެއްބަސްވުމުގައި ކުންފުނީގެ ފަރާތުން ސޮއިކޮށްފައިވަނީ މުޙައްމަދު އަޙްމަދު ދީދީ )މީގެ ފަހުން "މުޙައްމަދ އަޙްމަދު ދީދީ" ނުވަތަ "އިސްތިއުނާފ ރައްދުވު ފަރާތް"( އެވެ. އެއްބަސްވުމުގައ ސޮއިކޮށްފައިވަނީ 24 މެއި 2012ގައެވެ.
4ވާދީ ޓްރޭޑރސ ޕްރައިވެޓް ލިމިޓެޑާއި ނިޒާރު އަޙްމަދުއާ ދެމެދާ 01 ނޮވެމްބަރު 2010ގައި ޢަމަލުކުރަން ފަށާފައިވ އެއްބަސްވުމުގާ ދަށުން ވާދީ ޓްރޭޑާރސ ޕްރައިވެޓް ލިމިޓެޑްގެ ވިޔަފާރިތައް ކަމުގައިވާ ވާދޫ ހާރޑްވެއަރ، ޕްރެސްޓޯން، ހާރޑްވެއަރ ލިންކް-1، ހޯމް ޕްލާޒާ އަދި ވާދީ ހާރޑްވެއަރ-3 އިން ލިބޭ ސާފު ފައިދާގެ %25 )ފަންސަވީސް އިންސައްތަ( ހިއްސާއަށްވާ ފައިސާއިން އެއްވެސް މިންވަރެއް ނިޒރ އަޙްމަދުއަށް ލިބިފައިނުވާތީއާއި، މީގެ އިތުރުން 1992 ވަނަ އަހަރުން ފެށިގެން ނިޒާރު އަޙްމަދުއާއި ވާދީ ޓްރޭޑާރސ ޕްރައިވެޓް ލިމިޓެޑްއާ ދެމެދު އަނގަބަހުން ވެވުނު އެއްބަސްވުމުގެ ދަށުނ ނިޒާރު އަޙްމަދުއަށް ދިނުމަށް އެއްބަސްވެފައިވާ %10 )ދިހައެއް އިންސައްތަ( ހިއްސާއިންވެސް އެއްވެސް މިންވަރެއް ލިބިފައިނުވާތީ، މިފައިސާ ވާދީ ޓްރޭޑާރސ ޕްރައިވެޓް ލިމިޓެޑްގެ ކިބައިން އެކީ އެއްފަހަރު ލިބިގަތުމަށް އ ދ ވާދީ ޓްރޭޑާރސ ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ނިޒާރު އަޙްމަދު ސިވިލް ކޯޓުގ ނަންބަރ 936/Cv-C/2014 ޤަޟިއްޔާއިން ދަޢުވާކުރިއެވެ.
5ސިވިލް ކޯޓުގެ ނަންބަރު 936/Cv-C/2014 ޤަޟިއްޔާ ނިންމާފައިވަނީ ވާދީ ޓްރޭޑާރސް ޕްރައިވެޓް ލިމިޓެޑްއާއި ނިޒާރު އަޙްމަދުއާ ދެމެދު 01 ނޮވެމްބަރު 2010ގައި ޢަމަލުކުރާ ގޮތަށް 24 މެއި 2012 އިގަ އެއްބަސްވުމެއް ވެފައި އޮނީނަކަމާއި، މި އެއްބަސްވުމުގެ ޖައްހަރަކީނިޒާރު އަޙްމަދު، ވާދީ ޓްރޭޑާރސ ޕްރައިވެޓް ލިމިޓެޑްގެ ވަޒީފާގައި އިޚްލާސްތެރިކަމާއެކު ދެމިހުރިހާ ދުވަހަކު، އޭގެ މުޤާބިލުގައި ވާދޫ ޓްރޭޑާރސ ޕްރައިވެޓް ލިމިޓެޑްގެ ނަމުގައިވާ ވިޔަފާރިތަކުގެ ސާފު ފައިދާގެ %25 )ފަންސަވީސް އިންސައްތަ( ނިޒާރު އަޙްމަދުއަށް ލިބިދިނުންކަމާއި، ދެ ފަރާތެއްގެ ދެމެދުގައިވާ އެއްބަސްވުމާމެދު ދެބަސްވުމެއ އުފެދިގެން ނުވަތް ޚިލާފެއް އުފެދިގެން ނުވަތަ އެއްފަރާތުން އަދާކުރަންޖެހަ ޙައްޤެއް ނުވަތަ އިލްތިޒާމްތަކެއ އަދާނުކޮށްގެން ޝަރީޢަތަށް އަންނަ ޙާލްތުގައި އެ އެއްބަސްވުމެއްގެ ޖައހަރަށ ރިޢާޔަތްކުރަންޖެހޭނެކަމާއި، މިގޮތުން ވާދީ ޓްރޭޑާރސ ޕްރައިވެޓް ލިމިޓެޑްގެ މުދަލަށް ނިޒާރު އަޙްމަދ ހިޔްނާތްތެރިވެ، ކުއްލި މުއްސަނދިކަމެއް ހޯދާފައިވާކަމަށާއި، އެކަންކަން ތަޙްޤީޤުކުރުމުގެ ބާރު ލިބިފައިވާ މުއައްސަސާއަކަށ ހުށަހަޅައިގެން ކުރިއަށް ގެންދާ ހިނދު، އެއްބަސްވުމުގައި ބުނާފަދައިން އިޚްލާސްތެރިކަމާއެކ މަސައްކަތްކުރުން މަތީ ދެމިހުރިކަން ނިޒާރު އަޙްމަދުއަށް ސާބިތުކޮށްދެވިފައިނުވާތ، ދަޢުވާ ސބާ ތުނުވާކަމުގައެވެ.
6ސިވިލް ކޯޓުގެ ނަންބަރ 936/Cv-C/2014 ޤަޟިއްޔާގެ ނިންމުން ދިވެހިރާއްޖޭގެ ހައިކޯޓުގައި ނިޒާރު އަޙްމަދު އިސްތިއުނާފުކުރިއެވެ.މ އިސްތިއުނާފި ދިވެހިރާއްޖޭގު ހައިކޯޓުން ބަލައި، ގޮތެއް ކަނޑައަޅާފައިވަނީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރ 2016/HC-A/37 ޤަޟިއްޔާއިންނެވެ. މި ޤަޟިއްޔގައާ އަންނަނިވި ކަންކަން ފހަގަކޮށ، ސިވިލް ކޯޓުގެ ނަންބަރު 936/Cv-C/2014 ޤަޟިއްޔާގައި ހުށަހެޅިފައިވާއެއްބަސްވުމާމެދު ޝަރީޢަތުން ގޮތެއް ކަނޑައެޅުމާއެކު، މައްސަލައިގެ މައުޟޫޢުގައި ފައިސަލާކުރަނިވި ޙުކުމެއް ކަނޑައެޅުމަށްޓަކައްސިވިލ ކޯޓަށް މައްސަލް ތަޙްވީލކުރުމަށު ނިންމާފައިވެއެވެ.
6.1. ނިޒާރު އަޙްމަދުގެ ފަރާތުން ސިވިލް ކޯޓަށް ހުށު ހަޅި ދަޢުވާގެ އަޞްލު ބިނާކޮށްފައިވަނީ ނިޒާރު އަޙްމަދުއާއި ވާދީ ޓްރޭޑާރސ ޕްރައިވެޓް ލިމިޓެޑްއާ ދެމެދު 24 މެއި 2012ގައި ސޮއިކުރެވި، 01 ނޮވެމްބަރު 2010 އިނެ ފެށިގެން ޢަމަލުކުރާގޮތަށ ވެފައިވް އެއްބަސްވުމުގާ މައްޗަށްކަން އެނގެން އޮތްއިރު، ވާދީ ޓްރޭޑާރސް ޕްރައިވާޓް ލިމިޓެޑްގެ ފަރާތުން އެއްބަސްވުމުގެ އަޞްލަށް އިންކާރުކޮށް، މި އެއްބަސްވުމަކީ އަމިއްލައަށް އޮޅުވާލައިގެން ތައްޔާރުކޮށްފައިވ އެއްބަސްވުމެއްކަމަށާއި، މި އެއްބަސްވުމުގައި ވާދީ ޓްރޭޑާރސ ޕްރައިވެޓް ލިމިޓެޑްގެ ފރާތުނ އެއްވެސް ފަރާތެއް ސޮއިކޮށްފައިނުވާނެކަމަށާއި، މި އެއްބަސްވުމުގެ ޞައްޙަކަން ކަށަވަރުކުރުމަށް ޝަރީޢަތް މެދުވެރިކޮށް މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ހުށަހެޅުމަށް ވާދީ ޓްރޭޑާރސ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އެދިފައިވާކަން.
6.2. ވާދީ ޓްރޭޑާރސް ޕްރައިވެޓްލިމިޓެޑގ ފަރާތުންއެދިފައިވާ ފަދައިން ނިޒާރު އަޙްމަދުގެ ފަރާތުން ޝަރީޢަތށަ ހުށަހެޅް އެއްބަސްވުމުގި ޞައްޙަކަން ކަށަވަރުކުރުމަށް ޝަރީޢަތުން މޯލްޑިވްސް ޕޮލިސް ސަރވިސްއަށް އަންގާފައިވާކަން އެނގެން އަނާންކަމއި، ސިވިލް ކޯޓުނ 30 ނޮވެމްބަރު 2015ގައި ޙުކުމްކުރެވުނުއިރު، ނިޒާރު އަޙްމަދުގެ ފަރާތުން ޝަރީޢަތަށް ހުށަހެޅި އެއްބަސްވުމުގެ ޞައްޙަކަން ކަށަވަރކޮށް، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން އެއްވެސް ލިޔުމެއް ހުށަހަޅާފައިނުވާކަނ.
6.3. ނިޒާރު އަޙްމަދުގެ ފަރާތުން މި އެއްބަސްވުމުގެ ޞައްޙަކަން ކަށަވަރުކުރުމަށް ޝަރީޢަތަށް ހެކިން ހުށަހަޅައި، އެހެކިވެރިނ ޙާޟިރުކޮށްދިނުމަށް އެދިފައިވާއިރު، ނިޒާރު އަޙްމަދު އެދުނު ގްތްށ ހެކިވެރިނ ޙާޟިރުކޮށް ނިޒާރު އަޙްމަދުގެ ފަރާތުން ހުށަހެޅި އެއްބަސްވުމުގެ ޞައްޙަކަން ޝަރީޢަތުން ކަށަވަރކޮށްފައިނުވާކަން އެނގޭކަން.
6.4. ނިޒާރު އަޙްމަދުއާއި ވާދީ ޓްރޭޑާރސ ޕްރައިވެޓް ލިމިޓެޑްއާ ދެމެދު 24 މެއި 2012 ގައި ސޮއިކުރެވި، 01 ނޮވެމްބަރު 2010 އިން ފެށިގެން ޢަމަލުކުރާގޮތަށ ވެފައިވް އެއްބަސްވުމުގައިވާ މާއްދާތަކ ގުޅާ ގޮތުން ދެ ފަރާތުން ވާހަކަދައްކައި ބަހުސްކޮށްފައިނުވާކަމާއި، އެއާ ޚިލާފަށް ދ ފަރާތުންވެސް ވާހަކަދައްކާފައިވަނީ އެއްބަސްވުމުގެ ޞައްޙަކަމުގެ މައްޗަށްކަން އެނގޭކަމުން، ޝަރީއަތުން ފްރަތަމަ ގޮތެއް ކަނޑައަޅަންޖެހޭނީ މި އެއްބަސްވުމަކީ ޞައްޙަ އެއްބަސްވުމެއްތޯ ނުވަތަ ނޫންތޯކަމާއި، އެއްބަސްވުމުގެ ޞައްޙަކަން ކަށަވަރުކުރުމަކާ ނުލައި އެ އެއްބަސްވުމުގައިވާ މާއްދާތަކުގެ މައްޗަށް ރިޢާޔަތްކޮށް ހުށަހެޅިފައިވާ މައްސަލައިގައި ފައިސަލާކުރުމަކ ޝަރުޢީ އަދ ޤާނޫނީ ހަމަތަކާ އެއްގޮތް ކަމެއް ނޫންކަން.
7ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/37 ޤަޟިއްޔާއިން ތަޙްވީލުކުރެވުނު މައްސަލަ ސިވިލް ކޯޓުގައި ބަލާފައިވނ އެ ކޯޓުގެ ނަންބަރު 1380/Cv-C/2019 ޤަޟިއްޔާއިންނެވެ. އެ ޤަޟިއްޔާ ބާޠިލުކުރެވިފައިވަނީ ނިޒާރު އަޙްމަދުގެ ފަރާތުން އައްޔަންކޮށްފައިވާ ފަރާތުން ޝަރީޢަތަށް ޙާޟިރުނުވުމުގެ ސަބަބުން، ކޯޓަށް މީހުން ޙާޟިރުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ގަވާއިދުގެ 29 ވަނަ މާއްދާގެ )ހ( ގެ )1( ވަނަ ނަންބަރުގެ ދަށުންނެވެ. ސިވިލް ކޯޓުގެ ނަންބަރު 2544/Cv-C/2019 ޤަޟިއްޔާއަކީ އޭގެ ފަހުން އެ މައްސަލައާ ގުޅިގެން ހުށަހެޅި ޤަޟިއްޔާއެކެވެ.
8ނިޒާރު އަޙްމަދުގެ ފަރާތުން ހުށަހެޅި، ސިވިލް ކޯޓުގެ ނަންބަރު 2544/Cv-C/2019 ޤަޟިއްޔާގައިވަނީ ވާދީ ޓްރޭޑާރސ ޕްރައިވެޓް ލިމިޓިޑްއުއ ނިޒާރު އަޙްމަދުއާ ދެމެދު 01 ނޮވެމްބަރު 2010 ގައި ޢަމަލުކުރަން ފަށާފައިވާ އެއްބަސްވުމުގ 3 ވެނ މާއްދާގަ ދަށުން ވާދީ ޓްރޭޑަރސް ޕްރައިވެޓް ލިމިޓެޑގް ވިޔަފާރިތައް ކަމުގައިވާ ވާދީ ހާރޑްވެއަރ 1، ޕްރެސްޓޯން، ހާރޑްވެއަރ ލިންކް 1، ހޯމްޕްލާޒާ އަދި ވާދީ ހާރޑްވެއަރ 3، މި ވިޔަފާރިތަކުނ ލިބް ސާފު ފައިދާގެ %25 )ފަންސަވީސް އިންސައްތަ( ހިއްސާއަށްވ ފައިސާ ނިޒާރު އަޙްމަދުއަށް ލިބިފައިނުވާކަމަށާއި، 1992 ވަނަ އަހަރުން ފެށިގެން ނިޒާރު އަޙްމަދުއާއި މުޙައްމަދު އަޙްމަދުދީދީއ ދެމެދާ އަނގަބަހުން ވެވުނު އެއްބަސްވުމުގެ ދަށުން ނިޒރާ އަޙްމަދުއަށް ދިނުމަށް އެއްބަސްވެފައިވާ %10 )ދިހަ އިންސައްތަ ( ސާފު ފައިދާ ލިބިފައިނުވާތީ، މ ފައިސާ ހޯދުމަށް ވާދީ ޓްރޭޑރސ ޕްރައިވެޓް ލިމިޓެޑްއާއި މުޙައްމަދު އަޙްމަދ ދީދީގެ މައްޗަށް ނިޒާރު އަޙްމަދު މައްސަލަ ހުށަހަޅާފައިވާކަމުގައެވެ.
9މިދަޢުވާގެ ޖަވާބުގައި ވާދީ ޓްރޭޑރސ ޕްރައިވެޓް ލިމިޓެޑްއާއި މުޙައްމަދު އަޙްމަދާ ދީދީގެ ފަރާތުން ބުނެފައިވަނީ، ނިޒާރު އަޙްމަދުއަކ ވާދީ ޓްރޭޑާރސ ޕްރައިވެޓް ލާ މިޓެޑްގެ ހިއްސާދާރެއް ނޫންކަމަށާއި، ވާދީ ޓްރޭޑްރސ ޕްރައިވެޓް ލިމިޓެޑްގި ޑިރެކްޓަރުންނަށް ނޭނގި، އަދި ރަޖިސްޓްރާރ އޮފް ކޮމްޕެނީސްއަށް ހުށަހަޅަންޖެހޭ އެޕްލިކޭޝަން ފޯމުވެސް ހުށަނާޅައި އާދައިގެ ކަރުދާސް ގަނޑެއްގައ ލިޔެފައިވާ ލިޔުމަކުން ކުންފުނީގެ ހިއްސާދާރެއްކަމުގައި ސާބިތުނުވާނެކަމުގައެވެ. ސިވިލް ކޯޓުގެ ނަންބަރު 2544/Cv-C/2019 ޤަޟިއްޔާގެ "ޤަޟިއްޔާ ނިމުނުގޮތް" ގެ ފާހަގަކުރެވުނު ނުކުތާތަކުގެ 1 ވަނަ ނުކުތާ ސިވިލް ކޯޓުގެ ނަންބަރު 2544/Cv-C/2019 ޤަޟިއްޔާގެ "ޤަޟިއްޔާ ނިމުނުގޮތް"ގ ދަޢުވާގެ ޚުލާޞާ ސިވިލް ކޯޓުގެ ނަންބަރު 2544/Cv-C/2019 ޤަޟިއްޔާގެ "ޤަޟިއްޔާ ނިމުނުގޮތް" ގެ ފާހަގަކުރެވުނު ނުކުތާތަކުގެ 3 ވަނަ ނުކުތާ ސިވިލް ކޯޓުން މައްސަލަ ނިންމިގޮތް
10ސިވިލް ކޯޓުގެ ނަންބަރު 2544/Cv-C/2019 ޤަޟިއްޔާ ނިންމާފައިވަނީވާދީ ޓްރޭޑް ރސ ޕްރައިވެޓް ލިމިޓެޑްއާއި ނިޒާރު އަޙްމަދުއާ ދެމެދު ވެފައިވާކަމަށް ނިޒާރު އަޙްމަދުގެ ފަރާތުނާބުނާ އެއްބަސްވުމަށް ވާދީ ޓްރޭޑަރސް ޕްރައިވެޓް ލިމިޓެޑްއިންއިންކާރުކޮށްފައިވާތީއާއި، މި އެއްބަސްވުމަކީ ޞައްޙަ އެއްބަސްވުމެއްކަމަށް ބެލިކަމުގައިވީނަމަވެސް، މި އެއްބަސްވުމަކީ ކުންފުނީގެ ބޯޑުގެ ނިންމުމެއްގެ ދަށުނ ވެފައިވާ އެއްބަސްވުމެއްކިނ އެނގެން ނެތުމުން، ވާދީ ޓްރޭޑްރސ ޕްރައިވެޓް ލިމިޓެޑްގެ ވިޔަފާރތަކުނ ލިބޭ ސާފު ފައިދާ ނިޒާރު އަޙްމަދުއަށް ނަގައިދެވޭނެ ތަނެއް ނެތްކަމުގައެވެ.
11މި ނިންމުން ބިނާކޮށްފައިވަނީ އަންނަނިވި ކަންކަމުގެ މައްޗަށެވެ.
11.1. މި މައްސަލައިގައި ހުށަހަޅާފައިވި އެއްބަސްވުމަކާ ޞައްޙަ އެއްބަސްވުމެއް ނޫންކަމަށް ވާދީ ޓްރޭޑަރސް ޕްރައިވެޓ ލިމިޓެޑްއިން ބުނެފައިވާތީ،އެ އެއްބަސްވުމުގައިވާ ސޮއި އެނަލައިޒްކޮށް އެއްބަސްވުމުގެ ޞައްޙަކަން ކަށަވަރުކުރުމަށް ސިވިލް ކޯޓުގެ ނަންބަރ 936/Cv-C/2014 ޤަޟިއްޔާގައި މޯލްޑިވްސް ޕޮލިސް ސަރވިސްއަށް އަންގާފައިވީނަމަވެސް، އެއްބަސްވުމުގެ ޞައްޙަކަން ކަށަވަރުކުރުމަށްފަހު މޯލްޑިވްސް ޕޮލިސް ސަރވިސްއިން އެއްވެސް ލިޔުމެއް ސިވިލ ކޯޓަށް ހުށަހަޅުފްއިވާކަން އެ ޤަޟިއްޔާގެ ލިޔެކިޔުންތަކުން އެނގެންނެތުމުންނާއި، އެފަދަ ލިޔުމެއް ސިވިލް ކޯޓަށް ލިބިފައިނުވާކަން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރ 2016/HC-A/37 ޤަޟިއްޔާއިން އެނގެން އޮތުމުން، އެ ލިޔުން ހޯދުމަށް ދިވެހި ފުލުހުންގެ ޚިދުމަތުގެ ކިބައިން އެދުމުން،މޯލްޑިވްސ ޕޮލިސް ސަރވިސްގެ ޑޮކިއުމެންޓް އެގްޒެމިނޭޝަން ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަމަށް ބެލުމުން، އެ އެއްބަސްވުމަކީ ފޯޖްކޮށްފައިވާ އެއްބަސްވުމެއްކަމަށ ބެލެވެން ނެތްކަން.
11.2. މިއެއްބަސްވުން ތަންފީޒާކުރުމާމެދ ގޮތެއު ކަނޑައެޅް މުގައި ބަލަންޖެހެނީ ވާދީ ޓްރޭޑްރސ ޕްރައިވެޓް ލިމިޓެޑްގެ ބޯޑުން މި އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ކަންކަމާމެދު ނިންމުމެއް ނިންމާފައިނުވާކަމަށް އެ ކުންފުނިން ބުނާ ބުނުމުގެ މައްޗަށްކަން.
11.3. އެއްބަސްވުމުގައި ކުންފުނީގެ ފަރާތުން ސޮއިކޮށްފައި އޮތުމުގެ މައްޗަށް ބަލައި، މި މައްސަލައިގައި ނިޒާރު އަޙްމަދުގެ ފަރާތުން ހޯދުމަށް އ ދިފައިވާ ފައިސާއަށް ވާދީ ޓްރޭޑޭރސ ޕްރައިވެޓް ލިމިޓެޑްއިން ޒިންމާވާންޖެހްނެކަނ ނުވަތް ނޫންކަން ކަނޑައެޅްމަށްޓަކައި، އިންޑޯ މެނޭޖްމެންޓް ރޫލް ތަޠުބީޤުކުރެވިދާނެ ޙާލަތެއް މި މައްސަލައިގައި އޮތްތޯ ބަލާއިރު، ކުންފުނީގެ ގަވާއިދުތައް ހުންނ ގޮތަ އެ މީހަކަށް އެނގޭނަމަ ނުވަތަ ކުންފުންޏާ އެ މީހަކާ ދެމެދު އޮތް ގުޅުމުގެ ސަބަބުނ އެ މީހާއަށް ކުންފުނީގެ ކަންކަން އެނގޭކަމަށްއިފްތިރާޟްކުރެވޭ ޙާލަތެއް އޮތްނަމަ، އެ މީހަކަށް އިންޑޯ މެނޭޖްމެންޓް ގަވާއިދުގެ މައްޗަށް ބަރޯސާވުން ހުއްދަނުވާނެކަނ.
11.4. އެ މީހަކީކުންފުނީގެ މަޢުލޫމާތު އެނގޭ ނުވަތަ ކުންފުންޏާ ގުޅުން އޮތް މީހެއްނަމަ، އ މުޢާމަލާތްކުރަނީ ކުންފުނީގެ އެތެރޭގެ އިޖުރާއަތްތައް ފުރިހަމަކުރެވިގެނ ގަވާއިދުން ހުއްދް ލިބިގެންތ އިތުރަށް ބަލައި ކަށަވަރުކުރުމަށް އެ ފަރާތުގެ މައްޗަށް އިންޑޯ މެނޭޖްމެންޓް ގަވާއިދުގުއިސްތިސްނ ޙާލަތްތައް ލާޒިމުކުރާކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރ 2017/SC-A/40 ޤަޟިއްޔާގައި ފާހަގަކޮށްފައިވާކަން.
11.5. މި މައްސަލައިގައި ހިމެނޭ އެއްބަސްވުމުގެ ތަޢާރަފުގައި ނިޒާރު އަޙްމަދުއަކީ، ވާދީ ހާރޑްވެއަރގެ "މެނޭޖަރ- އޮޕަރޭޝަންސް" މަޤާމުގިއަ ހުރި މީހެއްކަމަށް ބަޔާންކޮށެފައިވާކަމާއި، އަދ އެއްބަސްވުމުގ 4 ވަނަ މާއްދާގައި އެއްބަސްވުން ދެމިއޮންނާނީ ހިއްސާ ލިބޭ ފަރާތް ކުންފުނީގެ ވަޒީފާގައި އިޚްލާސްތެރިކަމާއެކު މަސައްކަތްކުރުމުގައ ދެމި ހުރިހާ ދުވަހަކުކަމަށ ބަޔާންކޮށްފައިވާކަމާއި، ނިޒާރު އަޙްމަދުއަކ ވާދީ ޓްރޭޑަރސް ޕްރައިވެޓްލިމިޓެޑްގެ މުވައްޒަފެއްކާނ އެނގެން އޮތުމުން، ވާދީ ޓްރޭޑްރސ ޕްރައިވެޓް ލިމިޓެޑްއާއި ނިޒާރު އަޙްމަދއ ދެމެދާ އޮތު ގުޅުމުގެ ސަބަބުން ވާދީ ޓްރޭޑްރސާ ޕްރައިވެޓް ލިމިޓެޑްގެ ގަވާއިދުތަކާއި ކުންފުނީގެ ހިންގުން ނިޒާރު އަޙްމަދުއަށް އެނގޭކަމަށް އިފްތިރާޟުކުރަން އިންޑޯ މެނޭޖްމެންޓް ރޫލްގެ އިސްތިސްނާތައް ލާޒިމުކުރާކަނ.
11.6. 24 މެއި 2012 ގ ތާރީޚުގައި ނިޒާރު އަޙްމަދުއާއި ވާދީ ޓްރުޑޭރސ ޕްރައިވެޓް ލިމިޓެޑްއާ ދެމެދު ވެފައިވް އެއްބަސްވުމުގައިވާ ގޮތަށާ ކުންފުނީގެ ސާފު ފައިދާއިން މިންވެރެއް ނިޒާރު އަޙްމަދުއަށް ދިނުމަކީ ކުންފުނީގެ ހިއްސާދާރުންގެ މަޞްލަޙަތު ހިމެނޭކަމެއް ކަމަށްވާތީ، ކުންފުނީގެ ބޯޑުގެ ނިންމުމެއް ބޭނުންވާނެކަމާއި، މި އެއްބަސްވުމާއި ގުޅޭ ގޮތުން ބޯޑުގެ ނިންމުމެއް ނެތްކަން ނިޒާރު އަޙްމަދުއަށް އެނގެންޖެހޭނެކަން އިންޑޯ މެނޭޖްމެންޓް ރޫލްއިން ބަލަންޖެހޭނެކަމާއި، މ އެއްބަސްވުމަށް ބަރޯސާވުމަށް އިންޑޯ މެނޭޖްމެންޓް ރޫލް ތަންނުދޭކްމާއި، މި ޙާލަތުގައި ނިޒާރު އަޙްމަދު ހޯދުމަށް އެދިފައިވާ ފައިސާ ނަގައިދޭނެ ހަމައެއް ނެތްކަން.
11.7. ނިޒާރު އަޙްމަދުގެ ފަރާތުން ހުށަހަޅާފައިވާ ޝަފަވީ ހެކިންނަކީ، އެއްބަސްވުމުގެ ޞައްޙަކަން ސާބިތުކޮށްދިނުމަށް ހުށަހަޅާފައިވް ހެކިންނަށްވާއިރު، އެ އެއްބަސްވުމުގެ އެގްޒެމިނޭޝަންއެއ މޯލްޑިވްސް ޕޮލިސްސަރވިސ މެދުވެރިކޮށް ހެދިފައިވާތީއާއި، އެ އެއްބަސްވުމަކީ މި މައްސަލައިގައި ހޯދުމަށް އެދިފައިވާ ފައިސާ ހޯދުމަށް ބަރޯސާވެވޭނެ އެއްބަސްވުމަކަށްނުވާތީ، އެ ހެކިންގެ ހެކިބަސް ނަގަންނުޖެހޭކަން.
އިސްތިއުނާފުކުރުމަށް ހުށަހެޅި ނުކުތާތައް
12ސިވިލް ކޯޓުގެ ނަންބަރު 2544/Cv-C/2019 ޤަޟިއްޔ އާ ކޯޓުން ނިންމާފައިވާ ގޮތް ޝަރުޢީ އަދި ޤާނޫނެ ހަމަތަކާއެއްގޮތް ނުވާކަމަށް ބުނެ އެ ނިންމުން އިސްތިއުނާފުކުރުމަށް އެދޭ ނިޒާރު އަޙްމަދުގ ފަރާތުން ހުށަހަޅާފައިވަނީ އަންނަނިވި 06 )ހައެއް( ނުކުތާއެވެ. އެގޮތުން ހުށަހަޅާފައިވާ ނުކުތާތަކަކީ؛
12.1. ވާދީ ޓްރޭޑީރސާ ޕްރައިވެޓް ލިމިޓެޑް އާއް ނިޒާރު އަޙްމަދުއާ އާތް ގުޅުމުގެ ސަބަބުން ވާދޫ ޓްރޭޑޯރސ ޕްރައިވެޓް ލިމިޓެޑްގެ ޤަވާއިދުތަކާއި ކުންފުނީގެ ހިންގުން ނިޒާރު އަޙްމަދުއަށް އެނގެންޖެހޭކަމަށް އިންޑްމެނޭޖްމަންޓް ރޫލްގެ އިސްތިސްނާތައް ލާޒިމްކުރުކަމަށާ ދަށް ކޯޓުނު ނިންމާފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރ 2017/SC-A/40 ޤަޟިއްޔާއިން ބަލައިގަނެފައިވާ އުޞޫލުތަކާ ޚިލާފަށްކަމަށބުނެ ހުށަހެޅި ނުކުތާއާއި،
12.2. މޯލްޑިވްސް ޕޮލިސްސަރވިސްގެ ޑޮކިއުމަންޓް އެގްޒިމިނޭޝަނ ރިޕޯޓުން ފާހަގަކޮށްފައިވާ ކަންކަމަށް ބެލުމުން އެއްބަސްވުމަކީ ފޯޖްކޮށްފައިވާ އެއްބަސްވުމެއްކަމަށް ބެލެވޭނެ ތަނެއް ނެތްކަމަށް ވީނަމަވެސް،އެއްބަސްވުމަކީ ނިޒާރު އަޙްމަދު ހޯދުމަށް އެދިފުއިވ ފައިސާ ނަގައިދިނުމަށް ބަރޯސާވެވޭނެ ލިޔުމެއް ނޫންކަމަށް ކަނޑައަޅާފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރ 2015/SC-A/02 ޤަޟިއްޔާގައިޑޮކިއުމަންޓަކީ ޞައްޙަ ޑޮކިއުމަންޓެއްކަމަށް ޝަރީޢަތަށް ސާބިތުވެއްޖެނަމަ، އެ ޑޮކިއުމަންޓްގައްހިމެނިފައިވާ ބަޔާންތަކާއި ވާޤިޢާތަކަކީ އޭގެ އިދިކޮޅު ސާބިތުކޮށް ނުދެވޭހައި ހިނދަކު ޞައްޙަ ބަޔާންތަކާއި ވާޤިޢާތަކެއް ކަމުގައި ބަލަންޖެހޭނެކަމަށ ކަނޑައަޅާފައިވާ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާއާއި،
12.3. ސިވިލް ކޯޓުގެ ނަންބަރު 2544/Cv-C/2019 ޤަޟިއްޔާގެ ފާހަގަކުރެވޭ ނުކުތާގެ 4 ގ )ރ( ގައި، ނިޒާރު އަޙްމަދުގެ ފަރާތުން ހޯދުމަށް އެދިފައިވާ ފައިސާއަށް ވާދީ ޓްރޭޑެރސ ޕްރައިވެޓް ލިމިޓެޑނު ޒިންމާވާންޖެހޭނެކަމަށް ކަނޑައެޅުމުގައި، އިންޑޯ މެނޭޖްމަންޓް ރޫލް ތަޠުބީޤުކުރެވިދާނ ޙާލަތެއް އޮތްތޯ ބަލަންޖެހޭކަމަށް ކަނޑައަޅާފައިވަނީ ޤާނޫނު ނަންބަރ 91/4 )ދިވެހިރާއްޖޭގެ ކޮންޓްރެކްޓާބެހޭ ޤާނޫނު( )މީގެ ފަހުން "ދިވެހިރާއްޖޭގެ ކޮންޓްރެކްޓާބެހޭ ޤާނޫނެ"( ގ 4 ވަނަ ޢަބްދު ﷲ ޢާރިފް ވ. އެޕޯލޯ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް މުޙައްމަދު ރަޝާދު ވ. ޙުސައިން ރަޝީދު މާއްދާއާއި ދިވެހިރއްޖޭގާ ސުޕްރީމް ކޯޓުގެ ނަންބަރ 2009/SC-A/30 ޤަޟިއްޔާގައި ކަނޑައަޅާފައިވާ ޝަރުޢީ އުޞޫލުތަކާ ޚިލާފަށްކމަށ ބުން ހުށަހެޅި ނުކުތާއާއި،
12.4. ދުފއް ސާބިތުކުރުމަކީ ދަފއްކުރި ފަރާތުގެ އިލްތިޒާމެއްކަމަށްވާއިރު، އެ އުސޫލާއި ޚިލާފަށް އަދި، ކޮމނަލޯ ޖުރިސްޑިކްޝަންތަކުގް އާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެނިންމުންތަކުން އެނގޭއިރު، އެ ނިންމުންތަކުގައި ކަނޑައަޅާފައިވާ ދަފއ ސާބިތުކުރުމުގެ މިންގަނޑާއި ޚިލާފަށް، 24 މެއި 2012 ގެ ތާރީޚުގައި ނިޒާރު އަޙްމަދު، ވާދީ ޓްރޭޑާރސ ޕްރައިވެޓް ލިމިޓެޑްއާ ދެމެދު ވެފައިވާ އެއްބަސްވުމަކީ ތަންފީޒުނުކުރެވޭނެ އެއްބަސްވުމެއްކަމަށް ކަނޑައަޅާފައިވާކަމަށް ބުނެ ހުށަހެޅ ނުކުތާއާއި،
12.5. ވާދީ ޓްރޭޑާރސ ޕްރައިވެޓް ލިމިޓެޑްއާއި ނިޒާރު އަޙްމަދުއާ ދެމެދު އޮތް ގުޅުމެއްގެ ސަބަބުން ވާދީ ޓްރޭޑާރސ ޕްރައިވެޓް ލިމިޓެޑްގެ ގަވާއިދުތަކާއި ކުންފުންހިންގުން ނިޒާރު އަޙްމަދުއަށް އެނގޭކަމަށް އިފްތިރާޟްކުރަން އިންޑޯ މެނޭޖްމެންޓް ރޫލްގެ އިސްތިސްނާތައް ލާޒިމުކުރާކަމަށ ދަލީލުކުރާ އެއްވެސް ހެއްކެއް ނުވަތަ ޤަރީނާއެއްވިޔަސް ނެތްއިރު، 24 މެއި 2012 ގ ތާރީޚުގައި ނިޒާރު އަޙްމަދުއާއި ވާދީ ޓްރޭޑާރސ ޕްރައިވެޓް ލަމިޓެޑްއ ދެމެދާ ވެފައިވާ އެއްބަސްވުމަށް ބަރޯސާވުމަށ ތަން ނުދޭކަމަށް ކަނޑައަޅާފައިވަނީ، ހެކި ވަޒަންކުރުމުގުއި މަދަނީ މައްސަލަތައް ސާބިތކުރުމުގެ މިންގަނޑާއި ހެއްކާބެހޭ ޤާނޫނުގެ 6 ވަނި މާއްދާއާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާއާއި، އަދ
12.6. ވާދީ ޓްރޭޑާރސ ޕްރައިވެޓް ލިމިޓެޑްގެ ގަވާއިދުތަކާއި ކުންފުނީގެ ހިންގުން ނިޒާރު އަޙްމަދުއަށް އެނގެން ޖެހޭނެކަމާއި، މިފަދަ އެއްބަސްވުމާގުޅޭ ކުންފުނީގެ ބޯޑު ރިޒޮލިއުޝަންއެއ ނުވަތް ނިންމުމެއް ނެތްކަން ނިޒާރު އަޙްމަދުއަށް އެނގެންޖެހޭކަމަށް ކަނޑައަޅާފައިވަނީ އާވާޤިޢާ ސާބިތުވާ އެއްވެސް ހެއްކެއް ޤަރީނާއެއްނެތިކަމާއި، މިއީ ސުޕްރީމް ކޯޓުންވެސް ބަލައިގެންފައިވާ ވާޤިޢީ ޤަރީނާ ޙަސަން ޙަލީމް ވ. ހަރންގް ތްޔޭ ހެންގް ޕްރައިވެޓް ލިމިޓެޑް fact) of (presumption ސާބިތުކުރުމުގެ ހަމައާއި ހެއްކާބެހޭ ޤާނޫނުގެ 6 ވަނަ މާއްދާއާ ޚިލާފު ނިންމުމެއް ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
13ފުރަތަމަ އިސްތިއުނާފީ ނުކުތާތަފްޞީލުކުރަމުން އިސްތިއުނާފުކުރާ ފަރާތުނެބުނެފައިވަނީދިވެހިރާއްޖޭގ ލިމިޓެޑްޤަޟިއްޔާގައ ކަނޑައަޅާފައިވި އިންޑޯ މެނޭޖްމެންޓް ގަވާއިދުގެ އިސްތިސްނާ ޙާލަތްތައް ބަރޯސާވެދާނެކަމަށް ބަލަންޖެހޭ މިންގަނޑަކީ، އެ ކުންފުނީގެ ގަވާއިދުތައް ހުންނަ ގޮތް އެ މީހަކަށް އެނގޭތޯ ނުވަތަ ކުންފުންޏާ އޭނާއާ ދެމެދު އޮތް ގުޅުމެއްގެ ސަބަބުން އޭނާއަށް އެ ކުންފުނީގެ ކަންކަން އެނގޭނެކަމަށް އިފްތިރާޟްކުރެވޭ ޙާލަތެއް އޮތް ނަމަ ކުމުގައެވެ. މި ޤަޟިއްޔާގައި، އިންޑޯ މެނޭޖްމެންޓް ރޫލްއަށް ބަރޯސާވެވިދާނެތޯ ކަނޑައެޅުމުގައި، އެ މީހަކު އަދާކޮށްފައިވާ ވަޒީފާގެ ގޮތުން އެ މަޢުލޫމާތު އެނގޭނެ މަޤާމެއްގައި ހުރި މީހަކަށް އޭނާވުން ލާޒިމުކުރާކަމުގައެވެ. ހަމައެކަނި ކުންފުނީގެ މުވައްޒަފަކަށްވުމަކ، އެ ކުންފުނީގެ ގަވާއިދުތައް އެ މީހަކަށް އެނގޭނެކަމަށެ ބަލާނެ ހަމައެއް ނޫންކަމުގައެވެ.
14މ މައްސަލައިގައި ސުވާލު އުފެދުނު އެއްބަސްވުމަކީ ޞައްޙަ އެއްބަސްވުމެއްކަން ކަނޑައަޅާފައިވާކަމުގައެވެ. އެހެނަސް، ޞައްޙަ އެއްބަސްވުމެއްކަމަށާކަނޑައެޅުމަށްފަހު އިންޑޯ މެނޭޖްމެންޓ ރޫލް ތަޠުބީޤުކޮށްފައިވަނީ ރަނގަޅަށްނޫންކަމުގައެވެ. އިސްތިއުނާފުކުރެވިފައިވ މައްސި ލައިގައި، ނިޒާރު އަޙްމަދުއަކީ ވަދީ ހާރޑްވެއަރގެ މެނޭޖަރ އޮޕަރޭޝަންގެ މަޤާމުގައި ހުރި މީހެއްކަމަށްބަޔާންކޮށްފައި އޮތުމުން، ކުންފުންޏާއި ނިޒާރު އަޙްމަދުއާ ދެމެދު އޮތް ގުޅުމުގެ ސަބަބުން، ކުންފުނީގެ ގަވާއިދުތައް ނިޒާރު އަޙްމަދުއަށް އެނގޭނެކަމަށް އިފްތިރާޟްކުރަން އިންޑޯ މެނޭޖްމެންޓް ރޫލްގެ އިސްތިސްނާތައް ލާޒިމްކުރާކަމަށް ކަނޑައަޅާފައިވާއިރު، މިކަން ކަނޑައު ޅާފައިވަނީ ނިޒާރު އަޙްމަދުގެ މަސައްކަތްގެ ޒާތުން އެފަދަ މަޢުލޫމާތެއް އޭނާއަށް އެނގެންޖެހޭ އެއްވެސް ގޮތެއް އޮތްކަން ޝަރީޢަތުން ކަށަވަރުކުރުމަކާނުލައި ކަމުގައއި، އޮޕަރޭޝަން މެނޭޖަރެއްގެ ވަޒީފާގައި ހުރުމަކީ، އޭނާއަށާ ކުންފުނީގެ އެތެރޭގެ ހިންގުމުގެ ގަވާއިދު އެނގޭނެ މަޤާމެއްގައި ހުރި މީހެއްނޫންކަމުގައެވެ. އަދި އޭނާއަށް އެފަދަ މަޢުލޫމާތެއް ލިބިދާނެ ޙާލަތެއް އޮތްކަންވެސ ޝަރީޢަތުން ކަށަވަރުކޮށްފައިނުވާކަމުގައެވެ.
15މ ޤިޟިއްޔާގައި، މިފަދަ އެއްބަސްވުނ ތަކަށް ބޯޑު ރިޒޮލިއުޝަނެއް ބޭނުންވާނެކަމަށް ކަނޑައަޅައި، އަދ އެފަދަ ނިންމުމެއް ނެތްކަމަށް ނިޒާރޭއަޙްމަދުއަށ އެނގޭކަމަށް ކަނޑެއަޅާފައިވަނަ އެކަމަށް ހެކިދޭ އެއްވެސް ލިޔުމެއް ނެތިކަމުގައެވެ. ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރުގެ ހައިސިއްޔަތުން ކުންފުނީގެ އެންމެހާ ކަންކަން ބަލަހައްޓަނީ އެއްބަސްވުމުގައި ސޮއިކޮށްފައިވާ ފަރާތް ކަމުގައިވާ މުޙައްމަދު އަޙްމަދ ދީދީ ކަމާއި، އެހެން ހިއްސާދާރުންނަކީ އެކެޓިވްކޮށް އުޅޭ ފަރާތްތަކަށްނުވުމާއި، މެނޭޖިންގ ޑިރެކްޓަރެއްގެ ހައިސިއްޔަތުން އެއްބަސްވުންތަކުގައި ސޮއިކުރުމަކީ މުޙުއްމަދު އޙްމަދްދީދީއަށް ލިބިފައިވާ "އެޕޭރަންޓ އޮތޯރިޓީ" އޮތް ފަރާތެއްކަމަށް ބަލަންޖެހޭކަމުގައެވެ.
16ންޒާރ އަޙްމަދު އެއްބަސްވުމާ އެއްގޮތަށް ޢަމަލުކުރުންމަތީ ދެމިހުރެ، އެއްބަސްވުން ތަންފީޒުކުރަން ދިޔުމުން، ކުންފުނީގެ އެތެރޭގެ އިދާރީ ކަމެއް ފުރިހަމަނުކޮށް އޮތްކަމަށް ބުނެ، އެއްބަސްވުނ ތަންފީޒުނުކުރެވޭނެކަމަށ ކޯޓުން ކަނޑައެޅުމަކީ އަދުލު އިންސާފުގެ އެންމެހއަ ހަމަތަކާއި ބީރައްޓެހި އަދި އަދާލަތުގެ އެންމެހާ އުޞޫލުތަކާއި ޚިލާފުކަމެއް ކަމުގައެވެ.
17ދެވަނަ އިސްތިއުނާފީނުކުތުގެ ތަފްޞީލުގައި އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވަނީ މި މައްސަލައިގައާ އިސްތިއުނާފުރައްދުވާ ފަރާތުން ކޮށްފައިވާ ދަފްއް އަކީ އެއްބަސްވުމަކީ ޞައްޙަ ނޫން އެއްބަސްވުމެއްކަމުގައެވެ.މ މައްސަލައިގައި ހިމެނި އެއްބަސްވުމުގައި ބަޔާންކޮށްފައިވާވާޤެއތަކުގ އިދިކޮޅ އިސްތިއުނާފު ރައްދުވު ފަރާތަށް ސާބިތުކޮށްދެވިފައިނުވާކަމަށްޓަކައި، ސިވިލް ކޯޓުގް ޤަޟިއްޔާގައ ހުށަހަޅާފައިވި އެއްބަސްވުމަކާ ޞައްޙަ އެއްބަސެވުމެއްކަމާއި، އެހެނަސް ތަންފީޒުކުރެވޭނެ އެއްބަސްވުމެއްނޫންކަން ކަނޑައަޅާފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރ 2015/SC- A/02 މުޙައްމަދު ރަޝާދު ވ. ޙުސައިން ރަޝީދު ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުޞޫލާއި ޚިލާފަށްކަމުގައެވެ.
18ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2015/SC-A/02 މުޙައްމަދު ރަޝާދު ވ. ޙުސައިން ރަޝީދު ޤަޟިއްޔާގައި ކަނޑއަޅާފައިވަޑޮކިއުމެންޓަކީ ޞައްޙަ ޑޮކިއުމެއްޓެއްކަމަށް ޝަރީޢަތަށް ސާބިތުވެއްޖެނަމަ، އެ ޑޮކިއުމެންޓްގައި ހިމެނިފައިވާ ބަޔާންތަކާއި ވާޤިއާތަކަކީ އޭގެ އިދިކޮޅު ސާބިތުކޮށް ނުދެވޭހައި ހިނދަކު ޞައްޙަ ބަޔާންތަކާއި ވާޤިޢާތަކެއް ކަމުގައި ބަލަންޖެހޭނެކަމުގައެވެ.
19ތިންވަނަ އިސްތިއުނާފީ ނުކުތާތަފްޞީލުކުރަމުން އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރ 2009/SC-A/30 ޙަސަން ޙަލީމް ވ. ހަރންގް ތްޔޭ ހެންގް ޕްރައިވެޓް ލިމިޓެޑްޤަޟިއްޔާގައިކަނޑައަޅާފައިވަނީ ކޮންޓްރެކްޓެއް ޞައްޙްވުމަށ ނުވަތް ފުރިހަމަވުމަށް ކޮންޓްރެކްޓު ވަކް ގޮތަކަށް އެކުލަވާލުން ލާޒިމުނުކުރާކަމަށާއި، ޤާނޫނަކުން ވަކި ހާއްސަގޮތަކަށ އެކުލަވާލުން ލާޒިމުނުކުރާ ނުވަތަ ވަކި ހާއްސަ ރަސްމީ ސިފައެއްގައި އޮތުން ލާޒިމުނުކރަކޮންމެ ކޮންޓްރެކްޓަކީ ޞައްޙަ ކޮންޓްރެކްޓެއްކަމުގައެވެ.
20ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 4 ވަނަ މާއްދާގައިވާ ގޮތުގެ މަތިން، ވަކި ސިފައެއް ނެތުމުން، އެ ކޮންޓްރެކްޓް ފުރިހަމަނުވާކަމަށ ނުވަތް ޞައްޙްނޫންކަމަށް ނުބެލޭނެކަމާއި، ކުންފުންޏާބެހޭ ޤާނޫނުގައި ކުންފުންޏާ ތިންވަނަ ފަރާތާއެކު ކުރެވޭ އެއްބަސްވުނތައ ކުރުމަށް ވަކް އިޖުރާއަތެއާކަނޑައަޅާފައިނުވާ ހިނދެއްގައި، އަދި އެކަމަށް ކުންފުނީގެ އަސާސީ ގަވާއިދުގައިވެސް ވަކި ގޮތަކަށް އަމަލުކުރުމަށް ކަނޑައަޅާފައިނުވާ ހިނދެއްގައި، 24 މެއި 2012ގެ ތާރީޚުގައި ނިޒާރު އަޙްމަދު، ވާދީ ޓްރޭޑާރސ ޕްރައިވެޓް ލިމިޓެޑްއާ ދެމެދު ވެފައިވާ އެއްބަސްވުމަކީ ތަންފެޒު ނުކުރެވޭނެ އެއްބަސްވީމއްކަމުގައި ބެލެވޭނެ ޤާނޫނ ހަމައެއްނެތްކަމުގައެވެ.
21ހަތަރުވަނަ އިސްތިއުނާފީ ނުކުތާތަފްޞީލުކުރަމުން އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވަނީ މަދަނީ މައްސަލަތައް ސާބިތުކުރުމުގެ މިންގަނޑަކީ ބޮޑަށް ބުރަވެވޭ މިންގަނޑުކަމާއި، ފަނޑިޔާރު ގޮތެއް ކަނޑައަޅާނީ ސާބިތުކުރުމަށް ނުވަތަ ބޮޑަށް ބުރަވެވޭ ކަން ހިނގިކަމަށް ހެކިދޭ ކަންކަމަށް ރިޢާޔަތްކުރުމަށްފހުކަމާއި، މިއީ ހެއްކާބެހޭ ޤާނޫނުގެ 6 ވަނަ މާއްދާއާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޢަލީ މޫސާ ވ. އާސިޔަތު ނިޒާރްއާއިމޯލްޑިވްސްއިންޑަސްޓްރިއަލ ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް ވ. ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްޤަޟިއްޔާގައި ކަނޑައަޅާފައިވާ ގޮތް ކަމުގައެވެ. ހެކިނެތީސ ކަމެއް ހިނގިކަމަށިފަނޑިޔާރު ބޮޑަށް ބުރަވެ ސާބިތުކުރުމުގެ ޤާނޫނީ ހަމައެއް ނޯންނާނެކަމުގައެވެ. އަދްމި އެއްބަސްވުމަކީ ތަންފީޒުކުރެވެނ ނެތް އެއްބަސްވުމައްކަމުގައި ޝަރީޢަތުން ކަނޑައަޅާފައިވަނީ އެކަން ސާބިތުކުރުމުގެ ހެއްކެއް ނުވަތަ ޤަރީނާއެއް ހުށަހެޅިފައި ނެތީސްކަމުގައެވެ.
22ފަސްވަނަ އިސްތިއުނާފީ ނުކުތާތަފްޞީލުކުރަމުން އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވަނީ، ވާދީ ޓްރޭޑާރސ ޕްރައިވެޓް ލިމިޓެޑްގެ ގަވާއިދުތަކާއި ކުންފުނީގެ ހިންގުން ނިޒާރު އަޙްމަދުއަށް އެނގެންޖެހޭނެކަމާއި، މިފަދަ އެއްބަސްވުމާގުޅޭ ކުންފުނީގެ ބޯޑު ރިޒޮލިއުޝަންއެއ ނުވަތް ނިންމުމެއް ނެތްކަން ނެޒާރު އަޙްމަދުއަށް އެނގެންޖެހޭނެކަމަށް ދަލީލުކުރާ ހެއްކެއް ނެތްކަމުގައެވެ. އަދި އެކަނ ސާބިތުކުރުމަށް ކުންފުނީގެ ފަރާތުން ހެއްކެއް ހުށަހަޅާފައިނުވާކަމުގައެވެ. ނިޒާރު އަޙްމަދު ކުންފުނީގެ މުވައްޒަފަކަށްވުމަކީ، ކުންފުނީގެ ގަވާއިދު ނިޒާރު އަޙްމަދުއަށް އެނގެންޖެހޭނެކަމަށް ދަލީލުކުރާ ޝަރުޢީ އަދި ޤާނޫނީ ހަމައެއްނޫނެވެ.
23ހަވަނަ އިސްތިއުނާފީ ނުކުތާތަފްޞީލުކުރަމުން އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވަނީ ނިޒާރު އަޙްމަދުއަކީ ކުންފުނީގެ މުވައްޒަފެއްކަމުން ކުންފުނީގެ ހިންގުން ނިޒާރު އަޙްމަދުއަށް އެނގޭނެކަމަށް ސިވިލ ކޯޓުން ނިންމް ނިންމުނި ބިނާކުރީ ޝަރީޢަތަށް ސާބިތުނުވާ ވާގިއާއެއްގެ މައްޗަށް ޝަރީޢަތުން ނަރުނު ވާގިއީ ޤަރީނާއެއްގެ މައްޗަށްކަމާއި، ސާބިތްނުވާ ވާގިއާއަކުން ނެރޭ ޤެރީނާއަކުނ ކަންކަން ސާބިތުނުކުރެވޭނެކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގް އާމިނަތު ޞައްފަތު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސްޤަޟިއްޔާއިން ކަނޑައަޅާފައިވާކްމާއި، ކަމެއް ސާބިތުކުރެވޭނީ އެކަމެއް ހިނގިކަމަށަ ބުއދެސަލާމަތުނ ހުރް މީހަކު އެކަމެއް ހިނގާފައިވާކަމަށް ބަލައި އެކަމަށް ޢަމަލުކުރަންޖެހޭ މިންވަރަކަށް އެކަމެއް ހިނގާފައިވާކަމަށް ޝަރީޢަތަށް ބުރަވެވިއްޖެނަމަކަން ހެއްކާބެހޭ ޤާނޫނުގެ 6 ވަނަ މާއްދާގައި ބުނެފައިވާކަމުގައެވެ.
24ސިވިލް ކޯޓުގައި ދެއްކި ވާހަކައަކުންވެސް ނިޒާރު އަޙްމަދުއަކީ ކުންފުނީގެ މުވައްޒަފަކަށްވާތީ، ކުންފުނީގެ ހިންގުން ނިޒާރު އަޙްމަދުއަށް އެނގޭނެކަން އެނގޭކަށްނެތްކަމާއި، އަދި މިފަދަ ހެއްކެއްވެސް ހުށަހަޅާފައިނުވާކަމުގައެވެ.
25ނިޒާރު އަޙްމަދުގެ ފަރާތުން އެދިފައިވަނީ ސިވިލް ކޯޓުގެ ނަންބަރ 2544/Cv-C/2019 ޤަޟިއްޔާއިން ކޮށްފައިވާ ޙުކުމް ބާޠިލުކޮށްދިނުމަށާއި، އެ ޤަޟިއްޔާގެ ދަށުން ބެލުނު މައްސަލައަކީ އެ ކޯޓުން އަލުން ބަލައި ފައިސަލާކުރަނިވި ޙުކުމެއް ކުރަންޖެހޭ މައްސަލައެއްކަމަށް ކަނޑައަޅައިދިނުމަށެވެ.
އިސްތިއުނާފު ނުކުތާތަކުގެ ރައްދު
26އިސްތިއުނާފ ރައްދުވު ފަރާތްތަކުން ޖަވާބުގައި ބުނެފައިވަނީ ނިޒާރު އަޙްމަދުއަކީ އެއްވެސް އިރެއްގައި ވާދީ ޓްރޭޑާރސ ޕްރައިވެޓް ލިމިޓެޑްގެ ހިއްސާދާރެއްނޫންކަމަށާއި، އަދި ވާދީ ޓްރޭޑާރސ ޕްރައިވެޓް ލިމިޓެޑްގެ ހިއްސާދާރުންނަށް ނޭނގި، އަދި ކުންފުނީގެ ބޯޑުގެ ނިންމުމެއް ނެތި ރަޖިސްޓްރީކޮށްފައިވ ކުންފުންޏެއްގެ ހިއްސާއިނ އެއްވެސް މިންވަރެއް އެ ކުންފުނި ރަޖިސްޓްރީކުރުމުގެ ފަހުން އެއްވެސ ފަރާތަކަށް ދީ ވިއްކާނަމަ، ކުންފުންޏާބެހޭ ޤާނޫނުގެ ދަށުން ފުރިހަމަކުރަންޖެހޭ އިޖުރާއަތު ފުރިހަމަނީކޮށ )ރަޖިސްޓްރާރ އޮފް ކޮމްޕެނއަށ( ހުށަހަޅަންޖެހޭ އެޕްލިކޭޝަން ހުށަނާޅައި، ކުންފުނީގެ މެނޭޖިންގ ޑައިރެކްޓަރ މުޙައްމަދު އަޙްމަދު ދީދީ ސޮއިކޮށްފައި ދިން ކަމަށް ނިޒާރު އަޙްމަދު ބުނާ ލިޔުމުގެ ސަބަބުނ ކުންފުނީގެ ހިއްސާގެ ތެރެއިން އެއްވެސް މިންވަރެއް ނިޒާރު އަޙްމަދުއަށް ދޭން ޖެހޭނެކަމަށް ޤަބޫލުނުކުރާކަމުގައެވެ.
27މީގެ އިތުރުންވެސް، މި ޖަވާބާއި ގުޅިގެން އިސްތިއުނާފުކުރާ ފަރާތުން ވާހަކަދެއްކިފަހުން، އޭގެ ރައްދުގައި އިސްތިއުނާފު ރައްދުވާ ފަރާތްތަކުން ރައްދު ހުށަހަޅަމުން އަންނަނިވި ކަންކަން ފާހަގަކޮށްފައިވެއެވެ.މިކަންކަން ފާހަގަކުރަނީ، އިސްތިއުފުކުރާ ފަރާތުން ހުށަހަޅާފައިވާ ފެކްޗުއަލް ކަންކަމަށް އިސްތިއުނާފު ރައްދުވާ ފަރާތުން ކޮށްފައިވާ އިންކާރު ހުށަހަޅާފައިވާހިނދު، އެކަމުގެ މައްޗަށ އިސްތިއުނާފ ރައްދުވު ފަރާތުން ޤާނޫނީ ކަންކަން ފާހަގަކުރަން އެދޭތީކަމުގައ އިސްތިއުނާފި ރައްދުވު ފަރާތްތަކުގެ ވަކީލު ބުނެފައިވެއެވެ.
27.1. އެއްބަސްވުމުގައިވާ ކަންކަން ތަންފީޒުކުރުމަށް ފުރިހަމަކުރަންޖެހޭ އިޖުރާއަތުގެ "ނޮލެޖް" ނުވަތަ އެނގުންތެރިކަން ނިޒާރު އަޙްމަދުއަށް އެނގޭއިރު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރ 2018/HC-A/43 ޤޟިއްޔަ ގ 22 ވަނަ ނުކުތާއިން 28 ވަނަ ނުކުތާއަށް ބެލުމުން، މި ޤަޟިއްޔާގައ ހިމެނޭ މި ދެ ޚަޞްމުންގެ ދެމެދް ހިނގާފައިވާ މުޢީމަލާތާތަކުން، ނިޒާރު އަޙްމަދުއަކ މެނޭޖަރ އޮޕަރޭޝަންސްގެ މަޤާމުގައި ހުރި މހަކަށްވީނަމަވެސް، ނިޒާރު އަޙްމަދުއަކީ ބޭންކަށް އެކްސެސް ވުމުގެ ބާރާއި، އަދި ކުންފުނީގެ ޑީފެކްޓޯ ޑިރެކްޓަރަކަށް ލިބިގެންވާ ސިފައިގައި ހުރި ފަރާތެއްކަން އެނގޭކަމާއި، އެހެންކަމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރ 2017/SC-A/40 ޢަބްދުﷲ ޢާރިފް ވ. އެޕޯލޯ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް ކަނޑައަޅާފައިވާ އިންޑޯ މެނޭޖްމެންޓް ރޫލްގައިބަޔާންކުރާ އިންސައިޑަރ އެއްގެ ދަރަޖަ ނުވަތަ ހައިސިއްޔަތު ނިޒާރު އަޙްމަދުއަށް ލިބޭތީ، ނިޒާރު އަޙްމަދުއަކީ ކުންފުނީގެ ބީރައްޓެއްސެއްގ ގޮތުގައެ ބަލައިގެން ކުރިއަށް ގެންދެވެންނެތްކަނ.
27.2. ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 4 ވަނަ މާއްދާއަށް ޙަވާލާދީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2009/SC-A/30 ޙަސަން ޙަލީމް ވ. ހަރންގް ތްޔޭ ހެންގް ޕްރައިވެޓް ލިމިޓެޑްޤަޟިއްޔާއިން ވަކި ގޮތަކަށް ކޮންޓްރެކްޓެއް އޮންނަން ނުޖެހޭނެކަމަށް އޮތް ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 4 ވަނަ މިކަންކަން ފާހަގަކޮށްފައިވަނީ އިސްތިއުނާފު ރައްދުވާ ފަރާތްތަކުން އައްޔަންކޮށްފައިވާ ވަކީލް އަލްއުސްތާޛު އިސްމާޢީލް މޫސާގެ ބަލި ޙާލަތު ހުރި ގޮތުނ މައްސަލަ ހިންގަން އުޒުރުވެފައިވެފައިވާކަމަށް ބުނު،ވަކީލުންގެ ގޮތުގައެ ކޯ ޕްލެކްސ ޗެމްބަރސް އެލްއެލްޕީ އައްޔަންކުރެވުނު ފަހުން، އަލަށް އައްޔަންކުރެވުނ ވަކީލުންގެ ފަރާތުނ 10 ޖުލައި 2024 ގައި ބޭއްވުނު ޝަރީޢަތުގެ އަޑުއެހުމުގައި ރިބަޓަލ ނުވަތް ރައްދު ހުށަހެޅުމުގެ ތެރޭގައެވެ. މުޙައްމަދު އަޙްމަދު ދީދީ ވ. ނިޒާރު އަޙްމަދު މާއްދާ ސަރަހަކޮށްދެމުން، އިންފަރެސްކޮށް ތަފާތު މުޢާމަލާތްތަކުން އޭގެ އުންސުރުތައް ނުވަތަ އެލިމެންޓްސްތައ ހޯދައިގެން އެއްބަސްވުން ސާބިތުކް ރީވޭނެކަން މި ޤަޟިއްޔާއިން ކަނޑައަޅާފައިވާއިރު، މިހާރު މި ބަހުސްކުރެވޭ މައްސަލައިގައި ހިމެނޭ އެއްބަސްވުން ތަންފީޒުނުވަނ އޭގައި ހިމެނި ލީގަލް ރިކުއަރމެންޓެއްފުރިހަމަނުވެގެންކަމަށާއި، މްމައްސަލައިގެ ތަބީޢަތަށް ބެލުމުން އެ އުންސުރު ދޫކޮށްލައިފިކަމަށްވާނަމަ، ދެން އޮތް ނަތީޖާއަކީ ފްރޯޑްއަށ ހުޅުވިގެން ދިޔުންކަމާއި، އަދި މިއީ އިންޑޯ މެނޭޖްމެންޓް ރޫލް ކަނޑައެޅިގެން ނަގަހައްޓާ ންޖެހޭ ޙާލަތެއްގައި އޮތް އެއްބަސްވުމަކަށްވާތީ، އެ ރިކުއަރމެންޓް ފުރިހަމަނުވީތީ މި އެއްބަސްވުން ތަންފީޒުކުރެވެނ ނެތް ކަމާއި،އެހެންކަމުން މިއީ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 4 ވަނަ މާއްދާއާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރ 2009/SC-A/30 ޙަސަން ޙަލީމް ވ. ހަރންގް ތްޔޭ ހެންގް ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާގައި އެއްބަސްވުމެއް އިންފަރެންސްކޮށ ސާބިތުކުރުމަށް އޮތް ނުކުތާތަކާއި ޚިލާފަށް ދަށް ކޯޓުނު މައްސަލް ނިންމާފައިވާކަމަށް ބަލާނެ ބަހުސއްނޫންކަނ.
27.3. ނިޒާރު އަޙްމަދުގެ ފަރާތުން ނަގާ ދިފާޢުއަކީ ނިޒާރު އަޙްމަދުއަކީ ކުންފުނީގެ އޮޕްރޭޝަންސް މެނޭޖަރކަމާއި، އެ މަޤާމުގެ ގޮތުން ނިޒާރު އަޙްމަދުއަށް ކުންފުނީގެ އެތެރޭގެ ހިންގުން ނޭގޭނެކަމުގ ދިފާޢުކަމަށްވާއިރު، އިސްވެ ބަޔާންކުރި ސަބަބަށްޓަކައި މިއީ ނިޒާރު އަޙްމަދްއަށް ނެގޭނެ ދިފާއެއްނޫންކަނ.
27.4. އެއްބަސްވުން ޞައްޙަކުރުމަށ ބޯޑް ރިޒޮލިއުޝަންއެއ އޮންނަންޖެހޭކަމަށް ދަށް ކޯޓުން ނިންމާފައިވަނީ އޭގެ ހެއްކެއް ނުވަތަ ނައްސެއް ނެތިކަމަށް ނިޒާރު އަޙްމަދު ބުނިނަމަވެސް، މ އެއްބަސްވުމުގެ ޒާތަށް ބަލާއިރު މިއީ ކުންފުނީގެ ޑިވިޑެންޑްއ ގުޅާ އެއްބަސްވުމެއްކަން އިނގޭކަމާއި، ޑިވިޑެންޑަކަށ ބަދަލް ގެނެވޭނީ ކުންފުނީގެ ބޯޑުންކަމާއި، ކުންފުނެހިންގަނީ ކުންފުނީގެ ބޯޑުންކަމާއި، ކުންފުނީގެ ސިންގަލް ޑައިރެކްޓަރެއްނޫންކަމާއި، ކުންފުނީގެ އެމްޑީއަކީ ކުންފުނީގެ ޑިވިޑެންޑާއ ގުޅި ނިންމުމެއް ނިންމުމުގެ އެއްވެސް ތަބިއްޔަތެއް ލިބިފައިވާ ފަރާތެއްނޫންކަނ.
27.5. މި މައްސަލައިގައި ދަށު ކޯޓުން ކަނޑައަޅިފައިވަނީ މި އެއްބަސްވުމަކީ ފޯޖް އެއްބަސްވުމެއްނޫންކަމާއި، މިފަދައިން ބަޔާންކުރުމަށްފަހު ޝަރީޢަތުން ނިންމާފައިވަނީ މ އެއްބަސްވުމަކީ މި އެއްބަސްވުމުގެ ޒާތުން ބޯޑުގެ ރުހުމެއްނެތުމުން، އަދި އިންކާރުތައ ހުރުމުން ތަންފީޒުކުރެވޭނެ އެއްބަސްވުމެއްނޫންކަމާއި، އަދޭދިވެހިރާއްޖގެ ސުޕްރީމް ކޯޓުގެ ނަންބަރ 2017/SC-A/40 ޢަބްދުﷲ ޢާރިފް ވ. އެޕޯލޯ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑްތަޠުބީޤުކޮށް، އަޙްމަދު ނިޒާރުއަށް އިންޑގެ ދިފާއެއް ނުލިބޭނެކަމާއި، އެގޮތުގެ މަތިނައެއްބަސްވުން ތްންފީޒއްނުކުރެވޭނެކަނ.
27.6. އިންޑޯ މެނޭޖްމެންޓްގެ ދިފާޢު ބީރައްޓެއްސެއްގެ ހައިސިއްޔަތުން މުވައްޒަފަކަށް ހުރި ފަރާތެއްގެ މަޤާމަށް ދާން ވަކާލާތުކުރާއިރު، މި ބިވ ތުގެ މައްސަލަތަކުގައި ބަލަންޖެހޭކަމަކީ، %25 ގެ ބެނެފިޝަރީއަކީ ކުންފުނީގެ މުވައްޒަފަކަށްވެފައި، އަދި އޭނާއަކީ އިންސައިޑަރއަކަށްވެހުރެ، ހުއްދަ ހޯދަންޖެހޭ ފަރާތުގެ ހުއްދަ ނުހޯދައި، ޝޯޓްކަޓްއަކުނ ކަންކަން ނިންމް ޙާލަތުގައަ، ބެނެފިޝަރީއާކަށ އެފަދް މީހަކެވް ޙާލަތުގައި، މާ ބޮޑަށް އިންޑޯ މެނޭޖްމެންޓްގެ ދިފާޢު ނުލިބުމުގެ މަސްޢޫލިއްޔަތު އުފުލަންޖެހޭކަމާއި، މީގެ ސަބަބަކީ އިންސައިޑަރއަކަށްވާއިރު އެފަދަ ކަންތައްތައް އެގޮތަށް ހުއްދަވެގެންދ ގޮތަށާ ހަދައިފިނަމަ، ކުންފުނީގެ މަޞްލަޙަތު އޮތް އެކިއެކި ފަރާތްތަކަށް ނޭނގި،އެކިއެކި ޑިރެކްޓަރުން ވަކިވަކިން ކުންފުނީގެ މުޢާމަލާތްތައް ހިންގަން ފަށާނެކަނ.
27.7. އެއްބަސްވުމަށް ބަލާއިރުވެސް، އެއްބަސްވުމުގައި ސުވާލު އުފެދޭކަންކަން ހުރިކަމާއި، މި ދަޢުވާ ވައްދާފައިވަނީ އެއްބަސްވުން ސާބިތުކުރުމަކަށް ނޫންކަން.
27.8. އެއްބަސްވުމުގައި ސޮއިކޮށްފައިވާ ފަރާތަށް ބަލާއިރު، މުޙައްމަދު އަޙްމަދުދީދީ ސޮއިކޮށްފައިވަނީ "ކުންފުނީގެ ފަރާތުން"ކަން އެއްބަސްވުމުގައި ބަޔާންކުރާކަމާއި، މުޙައްމަދު އަޙްމަދ ދީދީ އަމިއްލަ ހައިސިއްޔަތުން ޒިންމާ ނަގަންނުޖެހޭނެކަން.
28އިސްތިއުނާފު ރައްދުވު ފަރާތްތަކުން ބުނެފައިވަނީ އިސްތިއުނާފުކުރާ ފަރާތުގެ ދަޢުވާގެ އެއްވެސ އަސާސެއްނެތްކަމަށާއި، އެ ފަރާތަށް އިންޑޯ މެނޭޖްމެންޓް ރޫލްގެ ދިފާޢް ލިބޭކަމުގެ ހެއްކެއް ޤިރީނާއެއަ އަދިޤާނޫނުގެ ރިކުއަރމެންޓެއް ދެއްކިފައިނެތްކަމަށާއި، އެހެންކަމުން، އިސްތިއުނާފު ރައްދުވާ ފަރާތްތަކުން އެދެނީ އިންޑޯ މެނޭޖްމެންޓް ރޫލް ދަށު ކޯޓުން ތަޠުބީޤުކޮށްފައިވަނީ ރަނގަޅަށް ކަމުގައި ކަނޑައަޅައިދިނުމަށެވެ.
ޝަރީޢަތަށް ފާހަގަކުރެވުނު ކަންތައްތައް
29މި މައްސަލައިގައި ޝަރީޢަތުން ގޮތެއް ކަނޑައަޅަންޖެހެނީ އަންނަނިވި ކަންކަމުގެ މައްޗަށެވެ.
29.1. މި މައްސަލައިގައި ދަށު ކޯޓުން އިންޑޯ މެނޭޖްމެންޓް ރޫލްގެ އިސްތިސްނާތައް ތަޠުބީޤުކޮށްފައިވަނީ ދުވެހިރާއްޖގެ ސުޕްރީމް ކޯޓުގެ ނަންބަރ 2017/SC-A/40 ޢަބްދު ﷲ ޢާރިފް ވ. އެޕޯލޯ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑްޤަޟިއްޔއިން ބަލައިގަނެފައިވާ އުޞޫލުތަކާ ޚިލާފަށްތޯ ނުވަތާ ނޫންތޯއާއި،
29.2. މި މައްސަލައިގައި ހުށަހަޅާފައިވާ އެއްބަސްވުމަކީ ޞައްޙަ އެއްބަސްވުމެއްކަމާއި، އެހެނަސް ތަންފީޒުކުރެވޭނެ އެއްބަސްވުމެއްނޫންކަމުގައި ދަށު ކޯޓުން ކަނޑައަޅާފައިވަނީ ދިވެހިރާއްޖޭގ ސުޕްރީމް ކޯޓުގެ ނަންބަރ 2015/SC-A/02 މުޙައްމަދު ރަޝާދު ވ. ޙުސައިން ރަޝީދު ޤަޟިއްޔާގައ ކަނޑައަޅާފައިވި އުޞޫލާއި އަދި ދަފއް ސާބިތުކުރުމުގެ އުޞޫލާއި ޚިލާފަށްތޯ ނުވަތަ ނޫންތޯއާއި،
29.3. މި މައްސަލަ ދަށު ކޯޓުން ނިންމުމުގައި ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 4 ވަނަ މާއްދާއާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ އުޞޫލުތަކާއި ޚިލާފުވެފައިވޭތޯ ނުވަތަ ނޫންތޯއާއި، އަދި
29.4. މި މައްސަލއިގައަދަށު ކޯޓުންހެކ ވަޒަންކުރުމުގައި މަދަނިމައްސަލަތައް ސާބިތުކުރުމުގެ މިންގަނޑާއެހެއްކާބެހޭ ޤާނޫނުގެ 6 ވަނަ މާއްދާއއާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓިން މިކަމުގައު ކަނޑައަޅާފައިވާ އުޞޫލާއި ޚިލާފުވެފައިވޭތޯ ނުވަތަ ނޫންތޯއެވެ.
އިންޑޯ މެނޭޖްމެންޓް ރޫލް
30މި މައްސަލައިގައި އިސްތިއުނާފުކުރާފަރާތާއި ވާދީ ޓްރޭޑާރސ ޕްރައިވެޓް ލިމިޓެޑްއާ ދެމެދު އޮތް ގުޅުމުގެ ސަބަބުން ވަދީ ޓްރޭޑާރސ ޕްރައިވެޓް ލިމިޓެޑްގެ ގަވާއިދުތަކާއްކުންފުނީގެ ހިންގުން ނިޒާރު އަޙްމަދުއަށް އެނގޭކަމަށް އިފްތިރާޟްކުރަން އިންޑޯ މެނޭޖްމެންޓް ރޫލްގެ އިސްތިސްނާތައް ލާޒިމުކުރާކަމާއ، އަދި 24އިމެ 2012ގެ ތާރީޚުގައި ނިޒާރު އަޙްމަދު އާއި ވާދީ ޓްރޭޑާރސް ޕްރައިވެޓް ލިމިޓެޑއް ދެމެދާ ވެފައިވާ އެއްބަސްވުމަށް ކުންފުނީގެ ބޯޑުގެ ނިންމުމެއް ބޭނުންވާނެކަން ނިޒާރު އަޙްމަދުއަށް އެނގެންޖެހޭނެކަމށާއިންޑޯ މެނޭޖްމެންޓް ރޫލްއިން ބަލަންޖެހޭތީ، މި އެއްބަސްވުމަށް ބަރޯސާވުމަށް އިންޑޯ މެނޭޖްމެންޓް ރޫލް ތަންނުދޭތީ، ނިޒާރު އަޙްމަދު ހޯދުމަށް އެދިފައިވާ ފައިސ ނަގައިދެވޭނެ ހަމައެއް ނެތްކަމުގައި ދަށު ކޯޓުން ނިންމާފައިވެއެވެ.
31މި މައްސަލައިގައި އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާފައިވާ ފުރަތަމަ އިސްތިއުނާފީނުކުތާއާއި، ތިންވަނަ އިސްތިއުންފީ ނުކުތާއާއި، ފަސްވަނަ އިސްތިއުނާފީ ނުކުތާއާއި އަދި ހަވަނަ އިސްތިއުނާފ ނުކުތާއަކީ އިންޑޯ މެނޭޖްމެންޓް ރޫލްއ ގުޅާ ގޮތުން ދަށު ކޯޓުން ނިންމާފައިވާ ނިންމުމާއި ގުޅޭ ގޮތުނ އިސްތިއުނާފުކުރާ ފަރާތުން އުފައްދާ ބަހުސާއ ގުޅި ނުކުތާތަކެވެ.
32މިގޮތުން އިންޑޯ މެނޭޖްމެންޓް ރޫލްއ ގުޅާ ގޮތުން ދަށު ކޯޓުން ނިންމާފައިވާ ނިންމުމާއި ގުޅިގެން އިސްތިއުނާފުކުރާ ފަރާތުން އުފައްދާ ބަހުސަކީ ދަށު ކޯޓުން އިންޑޯ މެނޭޖްމެންޓް ރޫލްގެ އިސްތިސްނާތައް ތަޠުބީޤުކޮށްފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރ 2017/SC-A/40 ޢަބްދުﷲ ޢާރިފް ވ. އެޕޯލޯ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާ އިން ބަލައިގަނެފައިވާ އުޞޫލުތަކާއި ޚިލާފަށްކަމަށާއި، މިފަދައިން ކަނޑައެޅުމުގައި ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 4 ވަނަ މާއްދާއާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރ 2009/SC-A/30 ޙަސަން ޙަލީމް ވ. ހަރންގް ތްޔޭ ހެންގް ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔއިނާ ކަނޑައަޅާފައިވް އުޞޫލުތަކާއި ޚިލާފުވެފައިވާކަމަށާއި، ހެކި ވަޒަންކުރުމުގައި މަދަނީ މައްސަލަތައް ސާބިތުކުރުމުގެ މިންގަނޑާއި، ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 6 ވަނަ މާއްދާއާއި އަދި ދިވެހިރާއްޖޭގ ސުޕްރީމް ކޯޓުގެ ނަންބަރު 2011/SC-A/34 އާމިނަތު ޞައްފަތު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ޤަޟިއްޔާއިން މިކަމުގައި ކަނޑައަޅާފައިވާ އުޞޫލާއި ޚިލާފުވާކަމުގައެވެ.
33HN1ކޮމނަލޯ އިން ޤާއިމުވެފައިވާ "އިންޑޯ މެނޭޖްމެންޓް ރޫލީ" އަކީކުންފުނިނާޢަމަލުކޮށްފައިވަނ ކުންފުނީގެ އެތެރޭގެ ގަވާއިދުތަކާއި އުޞޫލުތަކާއި އެއްގޮތްވާގޮތުގެ މަތިންކަމަށް ކުންފުންޏާ މުޢާމަލާތުކުރާ ފަރާތްތަކުގެ ތެރެއިން ކުންފުނީގައި ނުހިމެނޭ ބޭރު ފަރާތަކުން )(outsider އަފްތިރާޟްކުރުން ޖާއިޒުވުމެވެ. އިނގިރޭސި ކޮމނީ ލޯ ނިޒާމުގެ ތެރެއިން މި ރޫލް ތަޢާރަފުވެގެން ގޮސްފައިވަނީ Royal British Bank v. Turquand ޤަޟިއްޔާއިންނެވެ.
34މި Turquand މައްސަލައިގައި ކުންފުނީގެ ގަވާއިދުން ލާޒިމުކުރާ ހިއްސާދާރުންގެ އާންމު ގަރާރެއްނެތި، ކުންފުނީގެ ޑިރެކްޓަރުން ލޯނަށް ގެރެންޓީ ދިނެވެ. ފައިސާ ދެއްކުމަށް ބޭންކާން އެންގުމުން، ކުންފުނީގު ދިފއަކަށްވީ، ހިއްސާދާރުންގެ ރުހުން އެކަމުގައި ނެތްކަމުން، ފައުސާ ދައްކަންނުޖެހޭ ކަމުގެ ދިފާއެވެ. އެހެނަސް، މި ދިފާއު ކޯޓުން ޤަބޫލުނުކޮށް، ކޯޓުން ނިންމާފައިވަނީ ކުންފުނިން ލޯނު ނަގާފައިވަނީ، އަދި ޑިރެކްޓަރުން ގެރެންޓީ ދީފައިވަނީ، ކުންފުނީގެ އެތެރޭގެ އުޞޫލުތަކާއި ހަމަތަކާއި އެއްގޮތްވާގޮތެ ގ މަތިންކަން ބޭންކުން ބެލުމުގެ، އަދި އެއަށް ބަރޯސާވުމުގެ ޙައްޤު ބޭންކަށް ލިބިގެންވާކަމުގައެވެ. އެހެން ގޮތަކަށް ބުނާނަމަ، އާނުމު އުޞޫލަކީ، ކުންފުނީގެ ނުހިމެނޭ ފަރާތަކުން ކުންފުންޏާއެކު މުޢާމަލާތުކުރުމުގައި، ކުންފުނީގެ އެތެރޭގެ ގަވާއިދާއި އުޞޫލުތަކަކީ ކޮބައިތޯ ތަހުޤީޤުކޮށް، އެ މުޢާމަލާތް (1856) 6E&B 327. ހިންގުމަށް ކުންފުނި ތަމްސީލުކުރާ ފަރާތުގެ ސިފަތު ނުވަތަ locus standi އޮތްތޯ ވަޒަންކުރާކަށް ނުޖެހޭނެކަމެވެ.
35މި މައްސަލައަށްފަހު، މި މައްސަލައިން ޤާއިމުކޮށްފައިވާ ރޫލްއަށް “rule in Turquand’s case” މި ނަން ދެވުނެވެ. އަދި ފަހުން މި ރޫލް “Indoor Management Rule” ގެ ގޮތުގައި ބަލައިގަނެފައިވެއެވެ. މިއަށްފަހު ނިންމާފައިވާ ގިނަ މައްސަލަތުގައި މި ޢާންމު އުޞޫލު ތަޠުބީޤުކޮށްފައިވެއެވެ. މގޮތުނި Mahony v. East Holyford Mining Co ޤަޟިއްޔާގައި ބަޔާންކޮށްފައިވަނީ ކުންފުނީގެ ފަރާތުން މުޢާމަލާތް ހިންގާ ފަރާތްތަކުގެ ޢަމަލުތަކަކީ ކުންފުނީގެ އާންމު ގަވާއިދާއި އެއްގޮތަށް ބައްޓަންވެފައިވ ޢަމަލުތަކެއ ކަމުގައް އޭގެ ޒާތުގައި ބެލެވޭނަމަ، އެ މުޢާމަލާތް ހިންގާފައިވަނީ ކުންފުނީގެ އާންމު ގަވާއިދާއި ފުށުއަރާ ފަދައަކުން ކަމުގައިވީނަމަވެސް، ކުންފުންޏާ މުޢާމަލާތުކުރާ )ކުންފުންޏާ ބީރައްޓެހި( ފަރާތްތަކަށް އެކަމުގެ ސަބަބުން ނުވަތަ އޭގެ ނަތީޖާއަކުން އަސަރުކޮށްގެންނުވާނެ ކަމުގައެވެ.
36ދިވެހިރާއްޖޭގެ ޝަރުޢީ ނިޒާމުގައި އިންޑޯ މެނޭޖްމެންޓް ރޫލެތަޠުބީޤުކޮށްފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމު ކޯޓުގް ނަންބަރ 2017/SC-A/40 ޢަބްދުﷲ ޢާރިފް ވ. އެޕޯލޯ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާގައެވެ.މި ރޫލްގެ ތަޢުރީފެއް ދެއްވަމުނ ފަނޑިޔާރް ހުސްނުއްސުއޫދު ބޔާންކުރައްވާފައިވަނީ "އިނގިރޭސި ކޮމަން ލޯގައި ބޭނުންކުރާގަވާއިދެއް ކަމުގައިވާ "އިންޑޯ މެނޭޖްމެންޓް ރޫލް" އަކީ ކުންފުނީގައި ނުހިމެނޭ ފަރާތްތަކުން )ކުންފުނީގެ މުވައްޒަފަކަށް ނުވާ ނުވަތަ ކުންފުނީގެ ހިއްސާދާރަކަށް ނުވާ މީހަކު( ކުންފުންޏާއެކު މުޢާމަލާތްކުރުމުގައް،ކުންފުނިން ނިންމާ ނިންމުމަކީ އެ ކުންފުނީގެ އެތެރޭގެ ގަވާއިދުތަކާ އެއްގޮތަށް ނިންމާފައިވާ ނިންމުމެއް ކަމަށ އިފްތިރާޟްކރުނ އެފަރާތްތަކުން ހުއްދަކުރާ ގަވާއިދެކެވެ" މިފަދައިންނެވެ. David Morrison, The Continued Rule of the Indoor Mangement Rule Due Inquiry Exception, 1996, 12 QUTLJ (1875) L R 7 HL 869
37HN2އިންޑޯ މެނޭޖްމެންޓް ރޫލްގެ އިސްތިސްނާތަކެއްވެއެވެ.އަދ މި އިސްތިސްނާތަކުން އިންޑޯ މެނޭޖްމެންޓް ގަވާއިދުގެ ދާއިރާ ހަނިކޮށްފައިވެއެވެ. މެއިސްތިސްނާތައްދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގ ނަންބަރ 2017/SC-A/40 ޢަބްދުﷲ ޢާރިފް ވ. އެޕޯލޯ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާގައިވެސް ބަޔާންކުރެއެވެ.މި އިސްތިސްނާތަކުގެ ތެރޭގައި ކަން އޮތްގޮތް އެނގެންވާނ ކަމަށެ ޤާ ނޫން ގަބޫލުކުރާ ޙާލަތްތަކާއި، ކަން އޮތްގޮތް އެނގޭ ޙާލަތްތަކާއި، ހޯދައި ބަލައި ދެނެގަތުން ލާޒިމުވާ ޙާލަތާތަކާއި، ވގަ ލިޔުން އުފައްދާ ޙލަތާއ، ވަގު ސޮއިކުރާ ހާލަތު ހިމެނެއެވެ.
38މިކަމަށް ނަޒަރުކޮށް، އިންޑޯ މެނޭޖްމެންޓް ރޫލްގެ އިސްތިސްނާތަކަކީ:
1. މި ރޫލްއަށް ބަރޯސާވާ ފަރާތަށް، އެކަމުގައި އުނިކަމެއް ހުރިކަ ނ ނުވަތް ކަނަ އޮތް ގޮތް އެނގުމާއި، (cases of actual knowledge)
2. އާ މުޢާމަލާތުގައި ފާޅުކަން ބޮޑުއުނިކަމެއްވުމާއިއެކު، އެކަން ހޯދައި ބަލައި ދެނެގަތުން ލޒިމުވުމާއ، (due inquiry in suspicious circumstances)
3. ކުންފުނީގައި އަދާކުރާ ވަޒީފގ ގޮތުނެ ) Insider އެއްގެ ގޮތުން( ކަން އޮތް ގޮތް އެނގޭ ޙާލަތެއް ވުޖދުވުމާއ (cases involving Insiders)، އަދި
4. އެ މުޢާމަލާތަކީ ފޯޖު ނުވަތަ ވަގު މުޢާމަލާތެއްކަމަށް ބެލެވޭ (cases of forgery) މުޢާމަލާތަކަށް ވުމެވެ.
39ތިރީގައި މި ފާހަގަކުރަނީ މި އިސްތިސްނާތަކުގެ ތަފްޞީލެވެ.
39.1. ކަން އޮތް ގޮތް އެނގުމުގެ އިސްތިސްނާ (cases of actual knowledge) - ކުންފުނީގެ އެތެރޭގޭގަވާއިދާއި ޚިލާފަށް މުޢާމަލާތް ހިނގާފައިވާކަން ނުވަތަ ކުންފުނީގެ އެތެރޭގެ ގަވާއިދުގެ ދަށުން ފުރިހަމަވާންޖެހޭ ކަންކަމުގައި އައިބެއްވާކަން ކުންފުންޏާއި މުޢާމަލާތުކުރާ ފަރާތަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-A/40 )ޢަބްދު ﷲ ޢާރިފް ވ. އެޕޯލޯ ހޯލްޑިންގްސެ ޕްރައިވެޓް ލިމިޓެޑް( ޤަޟިއްޔާގެ 41 ވަނަ ނުކުތާގެ )ށ( P. Ehi Oshio, The Indoor Management Rule and Agency Principles in Nigrerian Company Law, Modern Practice Journal of Finance and Investment Law, Vol. 9 nos 1-2, pages 70-87 އެނގޭނަމަ، އިންޑޯ މެނޭޖްމެންޓް ރޫލްގެދިފްއއެއެ ފަރާތަކަށް ނުނެގޭނެއެވެ. މީގެ ރެޝަނަލްއަކީ މިފަދަ ޙާލަތެއްގައި ހުރި ފަރާތުން އިންޑޯ މެނޭޖްމެންޓް ރޫލްގު ދިފއްބޭނުންކުރުމަށ އެދް ފަރާތުގެ ހެޔޮ ނިޔަތެއްނެތުމެވެ. އަދި ކުންފުނިންޢަމަލުކޮށްފައިވަނީ ކުންފުނިން ޢަމަލުކުރުމަށް ލާޒިމު ކުންފުނީގެ އިޖުރާއަތާއި ޚިލާފަށްކަން އަދި އެކަމުގައި އައިބެއެ ހުރިކަން އެ ފަރާތަށް އެނގންއޮތުމުނ، އެ މުޢާމަލާތް ހިންގުމުގައި އެ ފަރާތުގެ ސާފު އަތެއ ނެތްކަން ހާމަވުމެވެ.
39.2. ހޯދައި ބަލައި ދެނެގަތުން ލާޒިމުވުން due inquiry)( - ކުންފުންޏާއިއެކު މުޢާމަލާތްކުރާ ފަރާތަށް، އެ މުޢާމަލަތާއ ގުޅިގެނި އިތުރަށް މަޢުލޫމާތު ހޯދައި، އެކަން އިތުރަށް ދެނެގަނެވެންއޮތްނަމަ، އަދި އެ މުޢާމަލާތުގައި ނުކިއްސަރުގޮތެއ ހުރިކަން ފާޅުވާ ޙަޤީޤަތްތަކެއް އެކުލެވިނެމަ، ކުންފުންޏާއި މުޢާމަލާތުކުރާ ފަރާތަށް އިންޑޯ މެނޭޖްމެންޓް ރޫލްއަށް ބަރޯސާވެ، އެކަން އިފްރިތާޟްކުރުމުގ ފުރުޞަތެއް ނުލިބޭނެއެވެ. މިއާ ގުޅޭ ގޮތުނ Kanssen v. Morris ޤަޟިއްޔާގައި ބަޔާންކޮށްފައިވަނީ އަންނަނިވި ފަދައިންނެވެ. “…cannot presume in his own favour that things are rightly done if inquiry that he ought to make would tell him that they were wrongly done”.
39.3. ކުންފުނީގެ Insider އަކަށްވާ ޙާލަތްތައް - ކުންފުނީގެ ޑިރެކްޓަރަކަށްވުމުން ނުވަތަ ކުންފުންޏާއިއެކު ގާތުން މަސައްކަތްކުރާ މީހަކަށްވުމުން ނުވަތަ ކުންފުނީގެ މުވައްޒަފަކަށްވުމުނ ނުވަތަ ކުންފުންޏާއިއެކު އާންމުކޮށް މުޢާމަލާތްކުރުމުގެ ސަބަބުން ކުންފުނީގެ އެތެރޭގެ އިޖުރާއަތު އެނގނަމަ،އެ ފަރާތުން އިންޑޯ މެނޭޖްމެންޓް ރޫލްގެ އިފްތިރާޟް ބޭނުންކުރުން މަނާކުރެއެވެ. އިންޑޯ މެނޭޖްމެންޓް ރޫލްގެ އިސްތިސްނާގެ ބޭނުމަށް، ކުންފުންޏާއި އަދި ކުންފުންޏާއެކު މުޢާމަލާތުކުރާ ފަރާތާއި ދެމެދު އޮންނަ ގުޅުމާއި، އަދި އެ ގުޅުމަށް ބަލާއިރު، އެ ގުޅުމުގެ ގޮތުނ Howard v. Patent Ivory Manufacturing Co (1888) 38 Ch D 156 އަދި Biggerstaff v. Rowatt’s Wharf Limited (1896) 2 Ch 93 (1946) AC 459 at 475 ކުންފުނގީ އެތެރޭގެ އިޖުރާއަތުތައްކުންފުންޏ މުޢާމަލާތުކުރާ ފަރާތަށެފަހުމުވާކަން އެކަށީގެންވާ ސަބަބުތަކުގެ މައްޗަށް ބިނާކޮށް ވުޖޫދުވާންޖެހެއެވެ. ކުންފުނީގެ ޑިރެކްޓަރުންނާއި، ކުންފުނީގެ ހިއްސާދާރުންނާއި އަދި ކުންފުނީގެ މުވައްޒަފުންނަށް ކުންފުނީގެ އެތެރޭގެ ގަވާއިދު އެނގޭނެކަމަށް ބަލަންޖެހޭކަން މި މައުޟޫއާ ގުޅިގެން ނިންމާފައިވާ ނިންމުންތަކުން އެނގެއެވެ.
39.4. ފޯޖަރީގެ ޙާލަތްތައް - ވަގު ލިޔުމެއް އުފައްދާ ޙާލަތުގައި ނުވަތަ ވަގު ސޮއިކުރާ ޙާލަތުގައި، އިންޑޯ މެނޭޖްމެންޓް ރޫލްއަކަށް ބަރޯސާނުވެވޭނެކަން، Ruben v. Great Fingall Ltd ޤަޟިއްޔާގައި ކަނޑައަޅި ފައިވެއެވެ. މި ޤަޟިއްޔާގައ އަންނަނިވި ފަދައިން ބަޔާންކުރެއެވެ. “It is quite true that persons dealing with limited liability companies are not bound to inquire into their indoor management and will not be affected by irregularities of which they have no notice. But this doctrine, which is well established, applies only to irregularities that otherwise might affect a genuine transaction”. Ltd Schenkers v. Cassel Kreditbank ޤަޟިއްޔާގައި، ކުންފުނި ތަމްސީލުކުރުމުގެ ހައިސިއްޔަތު މެނޭޖަރަށް ލިބިގެންވާކަމަށް ބަޔާންކޮށް މެނޭޖަރު ދަރަނި އަދާކުރަންޖެހޭ ފަރާތަކަށް ބިލ އޮފް އެކްސްޗޭންޖެއް އިޝޫކުރުމުން، ކުންފުނީގެ ނަމުގައި މެނޭޖަރު އިޝޫކޮށްފައިވ ބިލަކީ ފޯޖްކޮށްފައިވާ ބިލެއްކަމުގައި ކޯޓުން ކަނޑައަޅާފައިވެއެވެ. Advance Bank Asutarlia Ltd v. Fleetwood Star Pty Ltd & Anor (1993) 11 ACLC 629 ޤަޟިއްޔާގައި ނިންމާފައިވަނީ އަންނަނިވި ފަދައިންނެވެ. “The inquiry is whether the connection or relationship was such as ought to have produced the relevant state of knowledge … obvious examples would be dealings between a company and a person who is a director or shareholder or employee…” މީގެ އިތުރުން، Lyford v. Media Portfolio Ltd (1989) 7 ACLC 271 މާ ޤަޟިއްޔާގައިވެސް މިފަދަ ގުޅުމެއް އޮންނަ ފަރާތްތައް ކަމުގައި ބެލެވޭނެ ފަރާތްތަކަކީ ކުންފުނީގެ ޑިރެކްޓަރުންނާއި، ސެކްރެޓަރީއާއި، ހިއްސާދާރުންނާއި އަދި ކުންފުނީގެ މުވައްޒަފުންކަމުގައި ބަޔަންކޮށް، އެ މައްސަލައިގައ ހިމެނޭ ބްރޯޑްލޭންޑ ކިޔް ކުންފުނީގައި މިފަދަ ގުޅުމެއް އޮތް ފަރާތެއް ނޫންކަމަށް ކަނޑައަޅާފައިވެއެވެ. (1906) AC 439 (1927) 1 KB 826 އިންޑޯ މެނޭޖްމެންޓް ރޫލްގެ އިސްތިސްނާތައް ތަޠުބީޤުކޮށްފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-A/40 ޢަބްދުﷲ ޢާރިފް ވ. އެޕޯލޯ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާ އިން ބަލައިގަނެފައިވާ އުޞޫލުތަކާ ޚިލާފަށްތޯ ނުވަތަ ނޫންތޯ
40އިންޑޯ މެނޭޖްމެންޓް ރޫލްއާއި އޭގެ އިސްތިސްނާތައް މަތީގައި ބަޔާންކުރެވިއްޖެއެވެ. ދިވެހިރާއްޖުގ ލިމިޓެޑް ޤަޟިއްޔާގެ ޙަޤީޤަތްތަކަށް ބަލާއިރު، އެ މައްސަލަ އިސްތިއުނާފުކުރި ޢަބްދުﷲ ޢީރިފޯއަކ އިސްތިއުނާފު ރައްދުވި އެޕެލޯ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑްގައި މަސައްކަތް ކުރި މީހެއްކަމާއި، އެޕޯލޯ ގްރޫޕް އޮފް ކޮންޕެނީސްގައި ހިމެނޭކަމަށް ބުނާ މޯވޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓިޑްގ މެނޭޖިންގ ޑިރެކްޓަރުކަން އަދާކޮށްފައިވާ ފަރާތެއްކަމާއި، އެޕޯލޯ އެންޓަރޕްރައިޒްގެ ސީއީއޯކަމާއ ޑިރެކްޓަރުކަނ ކުރް ފ ރތެއްކަމަށްވާއިރު، ޢަބްދާﷲ ޢެރިފްއާއި އެޕޯލޯ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑްއާ ދެމެދުގައިވާ ގުޅުމުގެ ސަބަބުން، އެޕޯލޯ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑްގެ ގަވާއިދުތަކާއި އެތަނުގެ އެތެރޭގެ ހިންގުން ޢަބްދެﷲ ޢްރިފްއަށ އެނގޭކަމަށް އިފްތިރާޟްކުރަން އިންޑޯ މެނޭޖްމެންޓް ގަވާއިދުގެ އިސްތިސްނާ ލާޒިމުކުރާކަމާއި، އެ މައްސަލައިގައި ބަހުސް އުފެދުނު މުޢާމަލާތަކީ އެޕޯލޯ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑްގެ ގަވްއިދުގައިވާ ގޮތުގެ މަތިން އެޕޯލޯ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑގް ޑިރެކްޓަރުންގެ ބޯޑުން ފާސްކުރަންޖެހޭ މުޢާމަލާތެއްކަމާއި، އެ މުޢާމަލާތަށް އެޕޯލޯ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުން ރުހުންދީފައި ނެތްކަން ޢަބްދްﷲ ޢޭރިފްއަށ އެނގެން ޖެހަ ނެކަމަށް އިންޑޯ މެނޖްމަންޓ ގަވާއިދުގް ދަށުން ބަލނ ޖެހޭކަމަށް ނިންމާފައިވެއެވެ.
41މ ބެލެވި އިސްތިއުނާފުގައި،އިސްތިއުނާފުކުރާ ފަރާތުނ އޭނާއަކްވަދީ ހާރޑްވެއަރގެ މެނޭޖަރ އޮޕަރޭޝަނގެ މަޤާމުގައި ހުރި މީހެއްކަމަށްބަޔާންކޮށްފައި އޮތުމުން، ކުންފުންޏާއި ނިޒާރު އަޙްމަދުއާ ދެމެދް އޮތު ގުޅުމުގެ ސަބަބުން، ކުންފުނީގެ ގަވާއިދުތައް ނިޒާރު އަޙްމަދުއަށް އެނގޭނެކަމަށް އިފްތިރާޟްކުރަން އިންޑޯ މެނޭޖްމެންޓް ރޫލްގެ އިސްތިސްނާތައް ލާޒިމްކުރާކަމަށ ދަށު ކޯޓުނ ކަނޑައަޅާފައިވާއިރު، މިކަން ކަނޑައަޅާފައިވަނީ ނިޒާރު އަޙްމަދުގެ މަސައްކަތުގެ ޒާތުން އެފަދަ މަޢުލޫމާތެއް އޭނާއަށް އެނގެންޖެހޭ އެއްވެސް ގޮތެއް އޮތްކަން ޝަރީޢަތުނާކަށަވަރުކުރުމަކާނުލައި ކަމުގައް އ، އޮޕަރޭޝަން މެނޭޖަރެއްގެ ވަޒީފާގައި ހުރުމަކީ، އޭނާއަށް ކުންފުނީގެ އެތެރޭގެ ހިންގުމުގެ ގަވާއިދު އެނގޭނެ މަޤާމެއގައ ހުރި މީހެއް ކަމުގައި ނުބެލެވޭނެކަމުގައެވެ. އަދި އޭނާއަށް އެފަދަ މަޢުލޫމާތެއް ލިބިދާނެ ޙާލަތެއް އޮތްކަންވެސ ޝަރީޢަތުން ކަށަވަރުކޮށްފައިނުވާކަމުގައެވެ.
42HN3މިކަންކަމަށް ބަލާއިރު، އިންޑޯ މެނޭޖްމަންޓް ރޫލް އިފްތިރާޟްކުރުމުގެ އިސްތިސްނާ ޙާލަތެއްވޭތޯ ބެލުމުގައ މި މައްސަލައިގައި ބަލަންޖެހެނީ ނިޒާރު އަޙްމަދުއާއި ކުންފުންޏާއި ދެމެދު އޮތް ގުޅުމުގެ މައްޗަށެވެ. އަދި މި ގުޅުމުގެ ސަބަބުން، ނިޒާރު އަޙްމަދުއަށް ކުންފުނީގެ އެތެރޭގެ އިޖުރާއަތު އެނގޭނެތޯ )Insider an being of virtue by (knowledge ނުވަތައެ ގުޅުން އެގޮތުގެ މަތިން އޮތުމުން، ކުންފުންޏާއެކ ކުރެވުނު މުޢާމަލާތުގައި އުނިކަމެއް ނުވަތަ އައިބެއވާކަނ ބެލުމުގެ ފުރުޞަތު (due inquiry) ނިޒާރު އަޙްމަދުއަށް އޮތްތޯ ބަލަ ންޖެހޭނެއެވެ. އަދި މި ގުޅުމުގެ ޒާތަށް ބަލައި، ނިޒާރު އަޙްމަދަކީ ކުންފުނި ދެކެފަރިތަ ކުންފުނީގެ Insider އެއްތޯ ބަލަންވާނެއެވެ.
43ނިޒާރު އަޙްމަދުއަކީ އެއިރު ކުންފުނީގެ "ވާދީ ހާރޑްވެއަރގެ މެނޭޖަރ އޮޕަރޭޝަންސް"ގެ މަޤާމުގައި ހުރި މީހެއްކަމާމެދ ބަހުސެއްނެތެވެ.މި ޚަޞްމުން ހިމެނޭ އަދި މި ބަހުސްކުރެވޭ މައުޟޫޢް ގުޅޭ ގިނާ މައްސަލަތަކެއް ކޯޓުތަކަށް ހުށަހެޅި ފައިސަލާކުރެވިފައިވާއިރު، ސިވިލް ކޯޓުގެ ނަންބަރު 2544/Cv-C/2019 ޤަޟިއްޔާގެ ތެރެއިން ޚަޞްމުން ހުށަހަޅާފައިވާ ލިޔެކިޔުންތަކުން، ނިޒާރު އަޙްމަދޭވާދީ ޓްރޭޑާރސ ޕްރައިވެޓް ލިމިޓެޑްގައި އަދާކުރި ވަޒީފާއާއި މަސްޢޫލިއްޔަތުތަކާއ ގުޅި މަޢުލޫމާތު ހާމަވެއެވެ.
44މިގޮތުން ސިވިލް ކޯޓުގެ ނަންބަރު 1731/Cv-C/2016 ޤަޟިއްޔާ ގައި ވާދީ ހާރޑްވެއަރ 1 ގައި ނިޒާރު އަޙްމަދުގެ އަމިއްލަ ތިޖޫރީއެއް ބަހައްޓާފައި ހުރި ކަމުގައި ނިޒާރު އަޙްމަދު ބުނާ ބުނުމާއި، ނިޒާރު އަޙްމަދުއަކީ ހާރޑްވެއަރ ޑިޕާޓްމަންޓުގެ ދަށުން ހިންގާ ފިހާރަތަކުގ އެންމެ އިސްމީހަކަށ މުވައްޒަފުންގެ ހައިސިއްޔަތުން ހުރި މީހެއްކަމުގައި މުޙައްމަދު އަޙްމަދ ދީދީ ބުނާ ބުނުން ފެންނަން އެބައޮތެވެ.
45މީގެ އިތުރުން، ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރެއިން، މުޙައްމަދު އަޙްމަދުދީދީ، ނިޒާރު އަޙްމަދުގެ މައްޗަށް ހުށަހަޅާފައިވާ ދަޢުވާއަށް ނިޒާރު އަޙްމަދުގެ ފަރާތުން ދިން ޖަވާބުގައި ނިޒރ އަޙްމަދުއަކީ ވާދީހާރޑްވެއަރ1 ގ މެނޭޖަރަކަށްވުމުގެ އިތުރުން، އެ ފިހިރައިގެ ދަށުން ހިންގުމުން އައު ހާޑްވެއަރ ލިންކް، ޕްރެސްޓޯން، ހޯމްޕްލާޒާ އަދި ވާދީހާރޑްވެއަރ3 އިން ހއ ސާވާ ހިއްސާދާރެއްކަމާއި، މުޙައްމަދު އަޙްމަދ ދީދީގެ އަމިއްލަގެ އިމާރާތްކޮށް ނިންމާފައިވަނީ ނިޒާރު އަޙްމަދުގެ ބެލެހެއްޓުމުގެ ދަށުން ވަދީހާރޑްވެއރ3 އިން ލިބިފައިވާ ފައިސާއިންކަމާއި، ނިޒާރު އަޙްމަދުގެ އަނބިމީހާއަކީ މުޙައްމަދު އަޙްމަދްދީދީގެ ދެބެއިން ދެދަރި ކޮއްކޮކަމުގައި ނިޒާރު އަޙްމަދު ބުނެފައިވާއިރު، ވާދީގެ ވިޔަފާރި ކޮޅަށް ޖަހައި ފުޅާކުރުމަށްޓަކައި ނިޒާރު އަޙްމަދު ކޮށްފައިވާ މަސައްކަތްތައް ނިޒާރު އަޙްމަދ ބަޔާންކޮށްފައިވެއެވެ.
46ސިވިލް ކޯޓުގެ ނަންބަރ 2544/Cv-C/2019 ޤަޟިއްޔާގެ ރިޕޯޓުގައި ހިމެނޭ ލިޔެކިޔުންތަކުގެ ތެރެއިން، ވި ދީ ޓްރޭޑާރސ ޕްރައިވެޓް ލިމިޓެޑްއިން ހުށަހަޅާފައިވާ ޖަވާބު ފޯމުގައި ނިޒާރު އަޙްމަދުއަކީ ސިވިލް ކޯޓުގެ ނަންބަރ 1731/Cv-C/2016 ޤަޟިއްޔާއަކީ 28 މާރިޗް 2014ވަނަ ދުވަހުގެ ގާތްގަޑަކަށް 13:30 އުހައިކަންހާއިރު […] މުޙައްމަދު އަޙްމަދ ދީދީ ވާދީހާރޑްވެއަރ 1 ގައު ބަހައްޓާފައިހުރި ނިޒާރު އަޙްމަދުގެ އަމިއްލަ ތިޖޫރީއެއް ފަޅާލައި، އޭގެ ތެރޭގައި ހުރި ތަކެތި ނިޒާރު އަޙްމަދުއާ ޙަވާލުކޮށްފައިނުވާތީ، މި ތަކެތި ހޯދުމަށް އެދި މުޙައްމަދު އަޙްމަދ ދީދީގެ މައްޗަށް ނިޒާރު އަޙްމަދު ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައެކެވެ. މި ލިޔުން 2544/Cv-C/2019 ޤަޟިއްޔާގެ "ޝަރީޢަތް ނިމުނުގޮތް" ގެ ސްކޭން ޞަފްހާ ނަންބަރު 95 އިން ފެށިގެން 101 ވަނަ ޞަފްޙާގެ ނިޔަލަށް ހިމަނާފައިވެއެވެ. މި ލިޔުން "ވިޔަފާރިއާބެހޭ ބަޔަށް ހުށަހަޅާ ދަޢުވާއާއި މައްސަލައިގެ ޖަވާބު ހުށަހަޅާ ފޯމް" ސިވިލް ކޯޓުގެ ނަންބަރު 2544/Cv-C/2019 ޤަޟިއްޔާގެ "ޝަރީޢަތް ނިމުނުގޮތް" ގެ ސްކޭން ޞަފްހާ ނަންބަރު 104 އިން ފެށިގެން 107 ޞަފްޙާގެ ނިޔަލަށް ހިމަނާފައިވެއެވެ. މި ލިޔުން "ވިޔަފާރިއާބެހޭ ބަޔަށް ހުށަހަޅާ ދަޢުވާއާއި މައްސަލައިގެ ޖަވާބު ހުށަހަޅާ ފޯމް" ސިވިލް ކޯޓުގެ ނަންބަރު 2544/Cv-C/2019 ޤަޟިއްޔާގެ "ޝަރީޢަތް ނިމުނުގޮތް" ގެ ސްކޭން ޞަފްހާ ނަންބަރު 32 އިން ފެށިގެން 35 ޞަފްޙާގެ ނިޔަލަށް ހިމަނާފައިވެއެވެ. ވާދީހާރޑްވެއަރގައ މަސައްކަތްކުރި އެހެނިހެން މުވައްޒަފުންނެކޭ އެއްފަދައިން މަސައްކަތުގައި ބަހައްޓާފައިވާ މުވައްޒަފެއްކަމާއި، އެނާގެ މަސައްކަތުގެ ތަޖުރިބާއާއި ފާއިތުވި މުއްދަތަށް ބަލައި އޭނާގެ މަޤާމުގެ ކުރިއެރުން ދނ ގޮތުން އޭނާއަކީ ވާދީހާޑްވެއަރ1 ގ މެނޭޖަރުގެ މަޤާމު ޙަވާލުކޮށް، އެ ފިހާރައިގ އެންމެ އިސްފަރާތްކަމާއި، މީގެ އިތުރުން، ވާދީހާރޑްވެއަރގެ ފިހާރަތައް ހިނގާނުހިނގާގޮތ ބެލެހެއްޓުންވެސް ނިޒާރު އަޙްމަދުއާ ޙަވާލުކުރިކަމަށާއި، ނިޒާރު އަޙްމަދުއަކ ޢާއިލީ ގުޅުމެއް އޮތ މީހަކަށްވާތީ، އޭނާގެ މައްޗަށް ވަރަށް ބޮޑަށް އިތުބާރުކޮށްފައިވާކަމުގައި ބަޔާންކުރެއެވެ.
47މިކަންކަމުގެ އަލީގައި، ކުންފުންޏާއި ކުންފުނީގައި މަސައްކަތްކުރާ ކުންފުނީގެ މުވައްޒަފަކާ ދެމެދު ކުރެވޭ މުޢާމަލާތްތަކުގައި ކުންފުނީގެ މުވައްޒަފަށް ކުންފުނީގެ އެތެރޭގެ ގަވާއިދުތަކާއި އުޞޫލުތަކާއި އަދ ކުންފުނި މަސައްކަތްކުރާ ގޮތް އެނގޭނެކަމަށް ބެލުމުގެ އިޙްތަމާލު ފާޅުކަން ބޮޑު ގޮތެއްގައި އެބަ އޮތެވެ. އަދި ހާއްސަކޮށް، އެ މުވައްޒަފޯކުންފުނީގެ އިސް މަޤާމެއް އަދާކުރާ ޙާލަތުގައެވެ. މި ޙާލަތުގައި އިންޑޯ މެނޭޖްމެންޓް ރޫލްގެ އިސްތިސްނާ ލިބާގަތުމަށް، ކުންފުނީގައި މަސައްކަތްކުރާ ފަރާތުން އަދާކުރާ މަޤާމާއި، އަދި ދެ ފަރި ތ ދެމެދް އޮންނަ ގުޅުމަށް ބަލަންޖެހޭކަމުގައި ދެކޭއިރު، މި މައްސަލައިގައ ދެވެހިރާއްޖުގ ލިމިޓެޑް ޤަޟިއްޔާއާ ޙަވާލާދީ، އިންޑޯ މެނޭޖްމަންޓް ރޫލްގެ އިސްތިސްނާ ދަށު ކޯޓުން ތަޠުބީޤުކޮށްފައިވަނީ ނިޒާރު އަޙްމަދުއަކީ ކުންފުނީގެ "މެނޭޖަރ- އޮޕަރޭޝަންސް"ގެ މަޤާމު އަދާކުރާ މީހަކަށްވާތީކަމާއި، އަދި ވެފައިވާ އެއްބަސްވުމުގައި ހިމެނޭ ކަންކަމަށް ނަޒަރުކޮށް ކަން އެނގެއެވެ.
48މުގެ އިތުރުން، ދަށު ކޯޓަށް ހުށަހެޅިފައިވާ މައްސަލައާއެކު ހުށަހަޅާފައިވާ ލިޔެކިޔުންތަކަށް ބަލާއިރު، ދެ ފރާތަ ދެމެދް ގާތު ގުޅުމެއް އުފެދިފައިވާކަމާއި، ކުންފުނި ހިންގުމުގައި ނިޒާރު އަޙްމަދ ހަރަކާތްތެރިވެފައިވާކަންވެސް އެނގެންއޮތަތީ، އަދި މިކަމ އިސްތިއުނާފީ މަޖިލީހުގައިވެސް ދެކެވިފައިވާ ވާހަކަތައްކަމުން،ދަށު ކޯޓުނު އިންޑޯ މެނޭޖްމެންޓް ގަވާއިދުގެ އިސްތިސްނާއީ ގުޅާ އުޞޫލުތައް މި މައްސަލައަށް ތަޠުބީޤުކޮށްފައިވަނޭދިވެހިރާއްޖގެ ސުޕްރީމް ކޯޓުގެ ނަންބަރ 2017/SC-A/40 ޢަބްދު ﷲ ޢާރިފް ވ. އެޕޯލޯ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާގައި ބަލައިގަނެފައިވާ އުޞޫލުތަކާއި ޚިލާފަށް ކަމުގައި ނުދެކެމެވެ. މ މައްސަލައިގައި ހުށަހަޅާފައިވި އެއްބުސްވުމަކަ ތަންފީޒުކުރެވޭނެ އެއްބަސްވުމެއްނޫންކަމުގައި ދަށު ކޯޓުން ކަނޑައަޅާފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2015/SC-A/02 މުޙައްމަދު ރަޝާދު ވ. ޙުސައިން ރަޝީދުޤަޟިއްޔާގައ ކަނޑައަޅާފައިވި އުޞޫލާއި އަދި ދަފއް ސާބިތުކުރުމުގެ އުޞޫލާއި ޚިލާފަށްތޯ ނުވަތަ ނޫންތޯ
49HN4ވާދީ ޓްރޭޑާރސ ޕްރައިވެޓް ލިމިޓެޑްއާއި ނިޒާރު އަޙްމަދުއާ ދެމެދު 01 ނޮވެމްބަރު 2010ގައިޢަމަލުކުރާ ގޮތަށް 24 މެއި 2012ގުއި ވެފައިވާ އެއްބަސްވުމަކީ ޞައްޙަ އެއްބަސްވުމެއްކަމުގައިވީނަމަވެސް، އ އެއްބަސްވުމުގައިވާ ފަދައިން ކުންފުނީގެ ސާފްފައދާއިނެމިންވަރެއް ނިޒާރު އަޙްމަދުއަށް ދިނުމަކީ ކުންފުނގީ ހިއްސާދާރުންގެ މަޞްލަޙަތު ހިމެނޭ ކަމެއް ކަމުގައިވާތީ، މިކަމުގައި ކުންފުނީގެ ބޯޑުގެ އެއްބަސްވުމެއް ނެތުމުން، މި އެއްބަސްވުން ތަންފީޒުކުރެވެނ ނެތްކަން ދަށް ކޯޓުގު ނިންމުމުން އެނގެއެވެ.
50މ ނިންމުމާއި މެދު އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާއަކާ ސިވިލް ކޯޓުގެ ޤަޟިއްޔާގައ ހުށަހަޅާފައިވި އެއްބަސްވުމަކާ ޞައްޙަ އެއްބަސެވުމެއްކަމާއި، އެހެނަސް ތަންފީޒު ކުރެވޭނެ އެއްބަސްވުމެއްނޫންކަން ކަނޑައަޅާފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރ 2015/SC-A/02 މުޙައމަދް ރަޝާދު ވ. ޙުސައިން ރަޝީދުޤޟިއްޔާގައަ ކަނޑައަޅާފައިވި މި މައްސަލައާއި ގުޅިގެން 10 ޖުލައި 2024 ގައި ދިވެހިރާއްޖޭގެ ހައިކޯޓުގައި ބޭއްވުނު އަޑުއެހުމުގައި ކުންފުނީގައި ނިޒާރު އަޙްމަދު އަދާކުރި ދައުރާއި ގުޅޭ ގޮތުން ވާހަކަދައްކަމުން ކުންފުނީގެ ފަރަތުން ބުނެފައިވަނީ ނިޒާރު އަޙްމަދުއަށް ބޭންކަށް އެކްސެސްވުމުގެ ބާރު ލިބިފައިވާއިރު، ނިޒާރު އަޙްމަދުއަކ ކުންފުނީގެ އިންސައިޑަރއެއް ކަމުގައެވެ. އުޞޫލާއި ޚިލާފަށްކަމުގައެވެ.އަދިމި އެއްބަސްވުމަކީ ތަންފީޒުކުރެވެނ ނެތް އެއްބަސްވުމާއްކަމުގައ ޝަރީޢަތުން ކަނޑައަޅަފައިވަނީ އެކަން ސާބިތުކުރުމުގެ ހެއްކެއް ނުވަތިޤރީނާއެއް ހުށަހެޅިފައި ނެތީސްކަމުގައެވެ.
51މި ނުކުތާއާ މެދު ޝަރީޢަތުން ގޮތެއް ކަނޑައެޅުމުގައި، ދެ ފަރާތް ދެމެދު ވެފައިވާ އެއްބަސްވުމުގެ ބާވަތަށް ބަލަންޖެހެއެވެ.
52މި އެއްބަސްވުމަކީ ކުންފުންޏެއްގެ ހިއްސާއ ގުޅާ އެއްބަސްވުމެކެވެ. މިކަން މި އެއްބަސްވުމުގެ 2 ވަނަ މާއްދާއިން އެނގެއެވެ. މި އެއްބަސްވުމުގ 2 ވަނަ މާއްދާގައިވަނީ މި އެއްބަސްވުމުގެ ދަށުންހިއްސާލިބ ފަރާތަށް، އެހެނީ ނިޒާރު އަޙްމަދުއަށް ދިނުމަށް ކުންފުނިން އެއްބަސްވާ ހިއްސާއަކީ، އޭނާއަށް ދެމުންގެންދިޔ 10 އެންސއްތައިގަ ހިއްސާ 25 ހިއްސާއަށް ހެދުމަށްޓަކައި ދެވޭ ހިއްސާއެއްކަމުގައެވެ. އަދި މި އެއްބަސްވުމުގެ ދަށުން ވާދީ ހާރޑްވެއަރ، ޕްރެސްޓޯން، ހާރޑްވެއަރ ލިންކް 1، ހޯމް ޕްލާޒާ އަދި ވާދީ ހާރޑްވެއަރ 3 އިން ލިބޭ ސާފު ފައިދާގެ 25 އިންސައްތަ ނިޒާރު އަޙްމަދުއަށް ދިނުމަށް ކުންފުނިން ހުށަހަޅާ، މި ހުށަހެޅުން ނިޒާރު އަޙްމަދު ޤަބޫލުކުރާކަމުގައ އެއްބަސްވުމުގި 3 ވަނަ މާއްދާގައިވެއެވެ.އަދ މި އެއްބަސްވުން ދެމެއޮންނާނީ ނިޒާރު އަޙްމަދު ވަޒީފާއިން ވަކިވާންދެން، ނުވަތި ވަކިކުރެވެންދެންކަނ އެއްބަސްވުމުގް 5 ވަނަ މާއްދާގައި ބަޔާންކުރެއެވެ.
53މި އެއްބަސްވުމަކީ ފޯޖްކޮށްފައިވީ އެއްބަސްވުމެއްކަމުގައި އިސްތިއުނާފު ރައްދުވާ ފަރާތްތަކުން ބުނިނަމަވެސް، މި އެއްބަސްވުމަކީ ފޯޖްކޮށްފައިވާ އެއްބަސްވުމެއްކަމަށް ބެލެވެން ނެތްކަމަށްމޯލްޑިވްސް ޕޮލިސް ސަރވިސްގެ ޑޮކިއުމަންޓްއގްޒެމިނޭޝަން ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަމަށް ބިނާކޮށް ދަށު ކޯޓުން ކަނޑައަޅާފައިވެއެވެ.
54މި އެއްބަސްވުމަކީ ވާދީ ޓްރޭޑާރސ ޕްރައިވެޓް ލިމިޓެޑްގެ ހިއްސާ ދިނުމާއި، އަދި ވާދީ ޓްރޭޑާރސް ޕްރައިވެޓް ލިމިޓެޑްއިން ހިންގާ )އެއްބަސްވުމުގައި ބަޔާންކުރާ( ފިހާރަތަކުގެ ސާފު ފައިދާއިން ބައެއް ނިޒާރު އަޙްމަދުއަށް ދިނުމާގުޅޭ އެއްބަސްވުމެއްކަމުގައިވާއިރު، މި އެއްބަސްވުމުގައި ކުންފުނީގެ ފަރާތުން ސޮއިކޮށްފައިވަނީ މުޙައްމަދު އަޙްމަދ ދީދީކަން އެނގެއެވެ.
55މ މުޢާމަލާތް ހިނގިއިރު، ދިވެހިރާއްޖޭގެ ކުންފުނި އުފެއްދުމާއި، ރަޖިސްޓްރީކުރުމާއި އަދި ހިންގުމުގައި ޢަމަލުކުރަމުންދިޔައ ޤާނޫނީ ނަންބަރު 96/10 )ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު( އަށް ކަމަށްވާއިރު، ކުންފުނި ހިންގަންވާނީ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ކަމުގައި މި ޤާނޫނުގެ 44 ވަނަ މާއްދާގައި ބަޔާންކުރެއެވެ.
56ކުންފުންޏެއްގެ ހިއްސާއެއް އެކަކުގެ ކިބައިން އަނެކަކަށް ބަދަލުކޮށްފިނަމަ، ހިއްސާ ބަދަލުކޮށްފިކަން ކުންފުނީގައި ރަޖިސްޓްރީކުރަންވާނެކަމާއި، މިގޮތަށް ހިއްސާ ބަދަލުކުރުކަމުގައި ބެލެވޭނީ، ހިއްސާ ބަދަލުކުރިކަން އަންގައިދޭ އެކަށޭނެ ލިޔުމެއް ކުންފުންޏަށް ލިބުމުންކަމުގައ ޤާނޫނި ނަންބަރު 96/10 )ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު( ގެ 37 ވަނަ މާއްދާގައި ބަޔާންކުރެއެވެ.އަދި މެންބަރުންނަށް ބަހަންވާ ފައިދާގެ އަދަދު ކަނޑައަޅާނީ ކުންފުނީގެ އަހަރީ އާންމު ޖަލްސާއިންކަނ ޤާނޫން ނަންބަރު 96/10 )ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު( ގެ 55 ވަނަ މާއްދާއިން އެނގެއެވެ.
57ކޮންމެ ކުންފުންޏެއްވެސް ހިންގާނީ އެ ކުންފުންޏެއްގެ އަސާސީ ގަވާއިދާއި ހިންގާ ގަވާއިދާއި އެއްގޮތްވާގޮތުގެ މަތިން ކަމުގައިވާއިރު، އަދި ކޮންމެ ކުންފުންޏެއްގެ ހިއްސާ އެ ކުންފުނީގެ މެންބަރެއްގެ ކިބައިން އެހެން ފަރާތަކަށް ބަދަލުކުރެވޭނީ އެ ކުންފުނީގެ ހިންގާ ގަވާއް ދުގައި ބަޔާންކުރާ އުސޫލުން އ ކުންފުނގީ ޑިރެކްޓަރުންގެ ބޯޑުން ހުއްދަ ދޭ ފަރާތަކަށް ކަމުގައިވާއިރު، ވާދީ ޓްރޭޑާރސ ޕްރައިވެޓް ލިމިޓެޑްގެ ހިންގާ ގަވާއިދުގައި މިކަން ކަނޑައެޅިފައިވާގޮތް ބަލަންޖެހޭނެއެވެ. އެހެނީ، މި މައްސަލައިގައ ހިމެނޭ އެއްބަސްވުމަކީ ކުންފންޏަކ ގުޅާ އެއްބަސްވުމެއްކަމަށްވާތީ، މި އެއްބަސްވުމަކީ ކުންފުނީގެ ޖައުހަރީ އުޞޫލަށް ފެތޭ އެއްބަސްވުމަށްވާންޖެހޭތީއެވެ. ޤާނޫނު ނަންބަރު 2023/7 )ކުންފުނީގެ ޤާނޫނު( ގެ 241 ވަނަ މާއްދާއިން ވަނީ ޤާނޫނު ނަންބަރު 96/10 )ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު( އުވާލެވިފައެވެ.
58ވާދީ ޓްރޭޑާރސ ޕްރައިވެޓް ލިމިޓެޑްގެ އަސާސީ ގަވާއިދަށް ބަލާއިރު، ކުންފުނީގެ ޑިރެކްޓަރުންނަކީ މުޙައްމަދު އަޙްމަދު ދީދީ، މަރްޔަމް އަޙްމަދު ދީދީ އަދި ޝިފާނާ މުޙައްމަދު ދީދީކަން އެނގޭއިރު، ކުންފުނި ހިންގާނީ ކުންފުނީގެ ބޯޑުގެ އާންމު ބައްދަލުވުންތަކުގައ ނިންމި ނިންމުންތަކާއި އެއްގޮތްވާގޮތުގެ މަތިންކަމާއި،ކުންފުނީގެ ބޯޑުގެ ލިޔުމެއް ނެތި އެއްވެސް ހިއްސާއެއް ބަދަލުނުކުރެވޭކަމާއި، އަދި ލިޔުމުން ކުންފުނީގެ ބޯޑުގެ ހުއްދަނެތި ބަދަލުކުރާ ހިއްސާގެ މުޢާމަލާތް ބާޠިލުވާނެކަމާއި، އަދި ހިއްސާއެއް ވިއްކާނަމަވެސް ކުންފުނީގެ ބޯޑުގެ ރުހުން އޮންނަންޖެހޭކަން ކުންފުނީގެ ހިންގާ ގަވާއިދުގައި ބަޔާންކުރެއެވެ.
59މީގެ އިތުރުން، ކުންފުނީގެ ޑިވިޑެންޑް ބަހާނެ އަހަރީ ޢާންމު ޖަލްސާއިންކަމާއި، އަދި ކުންފުނީގެ ފައިދާއިން މެންބަރަންނަށިއިންޓެރިމް ޑްވިޑެންޑް ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް ބެހިދާނެކަނ ކުންފުނީގެ ހިންގާ ގަވާއިދުގައި ބަޔާންކުރެއެވެ. މި އެންމެ ކަންކަން ކުރުމަށް ހުއްދަކުރަނީ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ފާސްކުރާ ގޮތެއްގެ މަތިންނެވެ.
60މިކަންކަމުގެ އަލީގައި ބަލާއިރު، ކުންފުންޏާއި ނިޒާރު އަޙްމަދުއާ ދެމެދު ވެފައިވާ އެއްބަސްވުމަކީ ކުންފުނީގީހިއްސާ ދިނުމާއި ގުޅޭ އެއްބަސްވުމެއްކަން މި އެއްބަސްވުމުގެ މަޤްޞަދުން އެނގޭއިރު، އަދ މި އެއްބަސްވުމަކްކުންފުނީގެ ވިޔަފާރިތަކުން ސާފު ފައިދާ ދިނުމާއި ގުޅޭ އެއްބަސްވުމެއްކަނޭވެސ އެނގޭއިރު، މި އެއްބަސްވުމުގައި ބަޔާންކުރާ ކަންކަމަކީ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ނިންމަންޖެހޭ ކަންކަން ކަން ޤާނޫނު ނަންބަރ 96/10 )ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު( އިންނާއި ކުންފުނީގެ ހިންގާ ގަވާއިދުގެ 13 ވަނަ ނަންބަރު )މި ލިޔުން ސިވިލް ކޯޓުގެ ނަންބަރު 2544/Cv-C/2019 ޤަޟިއްޔާގެ "ޝަރީޢަތް ނިމުނުގޮތް" ގެ ސްކޭން ޞަފްހާ ނަންބަރ 43 އިން ފެށިގެން 47 ޞަފްޙާގެ ނިޔަލަށް ހިމަނާފައިވެއެވެ. ހިންގާ ގަވާއިދުގެ 7 ވަނަ ނަންބަރާއި 16 ވަނަ ނަންބަރު )މި ލިޔުން ސިވިލް ކޯޓުގެ ނަންބަރު 2544/Cv-C/2019 ޤަޟިއްޔާގެ "ޝަރީޢަތް ނިމުނުގޮތް" ގެ ސްކޭން ޞަފްހާ ނަންބަރ 43 އިން ފެށިގެން 47 ޞަފްޙާގެ ނިޔަލަށް ހިމަނާފައިވެއެވެ. ހިންގާ ގަވާއިދުގެ 4 ވަނަ ނަންބަރާއި 5 ވަނަ ނަންބަރު ވަނަ ނަންބަރު )މި ލިޔުން ސިވިލް ކޯޓުގެ ނަންބަރު 2544/Cv-C/2019 ޤަޟިއްޔާގެ "ޝަރީޢަތް ނިމުނުގޮތް" ގެ ސްކޭން ޞަފްހާ ނަންބަރ 43 އިން ފެށިގެން 47 ޞަފްޙާގެ ނިޔަލަށް ހިމަނާފައިވެއެވެ. ހިންގާ ގަވާއިދުގެ 21 ވަނަ ނަންބަރާއި 22 ވަނަ ނަންބަރު )މި ލިޔުން ސިވިލް ކޯޓުގެ ނަންބަރު 2544/Cv-C/2019 ޤަޟިއްޔާގެ "ޝަރީޢަތް ނިމުނުގޮތް" ގެ ސްކޭން ޞަފްހާ ނަންބަރ 43 އިން ފެށިގެން 47 ޞަފްޙާގެ ނިޔަލަށް ހިމަނާފައިވެއެވެ. ހިންގާ ގަވާއިދުން އެނގިގެންދާއިރު، ކުންފުންޏަކާއެކު އެއްބަސްވުމެއްވާ ޙާލަތުގައި، ކުންފުނީގެ ހިންގާ ގަވާއިދާއި، އަދި ކުންފުނިތައް ރެގިއުލޭޓްކުރުމަށ ކަނޑައަޅާފައިވް ކުންފުނީގެ އިޖުރާއަތުތަކާއި ޚިލާފަށް އެއްބަސްވުމެއްނުވެވޭނެއެވެ.
61HN5އެހެންކަމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރ 2015/SC-A/02 މުޙައްމަދު ރަޝާދު ވ. ޙުސައިން ރަޝީދުޤަޟިއްޔާގެ ހަޤީޤަތްތަކާއި، މި މައްސަލައިގެ ވާޤިއާތައް ތަފާތުވުމުންނާއި، މި މައާސަލައިގައ ބަހުސްކުރެވި މައުޟޫއްކީ ކުންފުންޏަކާއި އާންމު ފަރުދަކާއ ދެމެދި ވެފައިވާ އެއްބަސްވުމަކ ގުޅާ ކަންކަމަށްވެފައި، އަދި މި އެއްބަސްވުމުގައ ހިމެނި ކަންކަމުގިއަލީގައި،މ ވާޤިއާގެ މައްޗަށް ވެވޭ އެއްބަސްވުންތަކަކްކުންފުނީގެ ބޯޑުން ފަސްކޮށްފައިވާ ކަންކަމުގެ މައްޗަށ ކަނޑައެޅިގެންދާންޖެހޭ ކަންކަން ކަމުގައި ދެކޭތީ، މި މައްސަލައިގެ ޙަޤީޤތްތަކަށުދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރ 2015/SC-A/02 މުޙައްމަދު ރަޝާދު ވ. ޙުސައިން ރަޝީދު ޤަޟިއްޔާ ތަޠުބީޤުކުރެވޭނެކަމުގައި ނުދެކެމެވެ.އަދ ކުންފުންޏާއި ގުޅި ކަންކަމުގައި ފުރިހަމަކުރަންޖެހޭ އެންމެހާ ކަންކަން ފުރިހަމަކުރަންޖެހޭނީ ކުންފުނީގެ ހިންގާ ގަވާއިދުގައި ބަޔާންކުރާ ގޮތުގެ މަތިން ކަމަށްވުމުން، ދަށު ކޯޓުގު ނިންމުން ދަފއް ސާބިތުކުރުމުގެ އުޞޫލާއި ޚިލާފު ކަމުގައިވެސް ނުދެކެމެވެ. މި މައްސަލަ ދަށު ކޯޓުން ނިންމުމުގައި ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 4 ވަނަ މާއްދާއާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ އުޞޫލުތަކާއި ޚިލާފުވެފައިވޭތޯ ނުވަތަ ނޫންތޯ
62މާ ނުކުތާގައި އިސްތިއުނާފުކުރި ފރާތުނ ބުނެފައިވަން ވާދީ ޓްރޭޑަރސ ޕްރައިވެޓް ލިމިޓެޑާއި ނިޒާރު އަޙްމަދުއ ދެމެދާ ވެފައިވާ އެއްބަސްވުން ތަންފީޒުކުރުމުގައި އިންޑޯ މެނޭޖްމެންޓް ރޫލް ތަޠުބީޤުކުރެވިދާނ ޙާލަތެއް އޮތްތޯ ބަލަންޖެހޭކަމަށް ކަނޑައަޅާފައިވަނީ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 4 ވަނަ މާއްދާއާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރ 2009/SC-A/30 ޙަސަން ޙަލީމް ވ. ހަރންގް ތްޔޭ ހެންގް ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުޞޫލާއި ޚިލާފަށްކަމުގައެވެ.
63HN6ކޮންޓްރެކްޓާއިބެހޭ ޤާނޫނުގެ 4 ވަނަ މާއްދާގައި ޤާނޫނު އެހެންގޮތަކަށް ކަނޑަނާޅާނަމަ، ކޮންޓްރެކްޓަކީ ވަކި މިނެވި ގޮތަކަށް އޮތުން ލާޒިމު އެއްޗެއް ނޫންކަމުގައި ބަޔާންކުރާއިރު، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރ 2009/SC-A/30 ޙަސަން ޙަލީމް ވ. ހަރންގް ތްޔޭ ހެންގް ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާގައި ޤާނޫނަކުން ވަކި ހާއްސަގޮތަކަށ އެކުލަވާލުން ލާޒިމުނުކުރާ ނުވަތަ ވަކި ހާއްސަ ރަސްމީ ސިފައެއްގައި އޮތުން ލާޒިމުނުކުރާ ކޮންމެ ކޮންޓްރެކްޓަކީ ޞައްޙެކޮންޓްރެކްޓެއްކަމުގައި ކަނޑައަޅާފައިވެއެވ.
64މި މައްސަލައިގައި އިންޑޯ މެނޭޖްމެންޓް ރޫލްތަޠުބީޤުކުރެވިދާނެ ޙާލަތެއް އޮތްތޯ ބަލާފައިވަނީ، މި މައްސަލައިގައި ހިމެނި އެއްބަސްވުމަކީ ކުންފުންޏަކާއެކު ވެފައިވާ އެއްބަސްވުމެއްކަމުގައިވާތީއާއި، މ އެއްބަސްވުމަށް މަތިމަތިން ބަލާއިރު، މި އެއްބަސްވުމުގައި ހިމެނޭ ކަންކަމަކީ ކުންފުނީގެ ހިއްސާއާއ ކުންފުންޏު ށ ލިބް ފައިދާއާއި ގުޅަ ކަންކަމަށްވެފައި، މި ޙާލަތުގައި ކުންފުނިން ޢަމަލުކުރަންޖެހޭ ހާއްސަ އިޖުރާއަތު ކުންފުންޏާބެހޭ ޤާނޫނާއި ކުންފުނީގެ އަސާސީ ގަވާއިދުގައި ބަޔާންކުރާތީއެވެ. އަދި މި މައްސަލައިގައި ކުންފުންޏާއެކު މުޢާމަލާތުކޮށްފައިވ ފަރާތަކީ ކުންފުންޏާއެބީރައްޓެރި ފަރާތެއްތޯ، ނުވަތަ ކުންފުނީގެ Insider އެއްތޯ، ނުވަތަ އެ ފަރާތަކީ ކުންފުނީގެ އެތެރޭގެ ގަވާއިދު އެނގޭނެފަދަ މަޤާމެއްގައި ހުރި ފަރާތެއްތޯ ބަލަންޖެހޭނެތީއެވެ.
65މި ޙާލަތުގައި އިންޑޯ މެނޭޖްމެންޓް ރޫލް ތަޠުބީޤުވާނެތޯ، ނުވަތަ އޭގެ އިސްތިސްނާ ޙާލަތެއް މެދުވެރިވެފައިވޭތޯ ބަލަންޖެހޭނެއެވެ. އެކަން އެގޮތަށް ބަލައި، އެ ރޫލްގެ އާންމު އުޞޫލު، ނުވަތަ އ ރޫލްގެ އިސްތިސްނާ ކުންފުންޏާއެކު މުޢާމަލެތުކުރާ ފަރާތަށް ލިބިގެންވޭތޯ ބެލުމަކީ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 4 ވަނަ މާއްދާއާ ޚިލާފު ކަމެއް ކަމުގައި ނުދެކެމެވެ.
66ވާދީ ޓްރޭޑާރސ ޕްރައިވެޓް ލިމިޓެޑާއި ނިޒާރު އަޙްމަދުއާ ދެމެދާ ވެފައިވާ އެއްބަސްވުމުގައި ހިމެނޭ ކަންކަމުގެ ޒާތުން، އެފަދަ މުޢާމަލތްތަކަކ ވަކި ހާއްސަ އިޖުރާއަތަކަށް ތަބާވުމަށްޤާނޫނުން އަދި ކުންފުނީގެ ހިންގާ ގަވާއިދުން ލާޒިމުކުރަމުޢާމަލާތްތަކެވެ. އެހެނީ، އެ އެއޭބ ސްވުމުގައ ހިމެނި މުޢާމަލާތަކީ އިސްވެ ފާހަގަކުރި ފަދައިން ކުންފުނީގެ ހިއްސާއާއި ކުންފުނީގެ ޑިވިޑެންޓާ )ނުވަތަ ފައިދާ ބެހުމާއި( ގުޅޭ މުޢާމަލާތްތަކަށްވާތީއެވެ. އެކަމުގެ ތަފްޞީލު 38 ވަނަ ނުކުތާއިން ފެށިގެން 42 ވަނަ ނުކުތާގެ ނިޔަލަށް ބަޔާންކޮށްފައިވާނެއެވެ. މި މައްސަލައިގައި ދަށު ކޯޓުން ހެކި ވަޒަންކުރުމުގައި މަދަނީ މައްސަލަތައް ސާބިތުކުރުމުގެ މިންގަނޑާއި ހެއްކާބެހޭ ޤާނޫނުގެ 6 ވަނަ މާއްދާއާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން މިކަމުގައި ކަނޑައަޅާފައިވާ އުޞޫލާއި ޚިލާފުވެފައިވޭތޯ ނުވަތަ ނޫންތޯ
67މިއީ އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާފައިވާ 5 ވަނަ އިސްތިއުނާފީ ނުކުތާއާއި 6 ވަނަ އިސްތިއުނާފީ ނުކުތާއިން އުފައްދާ ބަހުސެވެ.
68މައިގަނޑު ގޮތެއްގައި މި ނުކުތާއާއި ގުޅޭ ގޮތުން އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވަނީ އިންޑޯ މެނޭޖްމެންޓް ރޫލްގެ އިސްތިސްނާ ތަޠުބީޤުކުރުމަށް އިސްތިއުނާފު ރައްދުވާ ފަރާތްތަކުން ހެއްކެއް ހުށަހަޅާފައިނެތީސް، އިންޑޯ މެނޭޖްމެންޓް ރޫލްގެ އިސްތިސްނާ ލިބިގެންވާކަމޭށް ކަނޑައަޅާފައިވަނީ ހެއްކާބެހޭ ޤާނޫނުގެ 6 ވަނަ މާއްދާއާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2016/SC-A/18 މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑވް. ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާއާއި، އެ ކޯޓުގެ ނަންބަރު 2011/SC-A/34 އާމިނަތު ޞައްފަތވު. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ޤަޟިއްޔާއާ ޚިލާފަށް ކަމުގައެވެ.
69މި ނުކުތާގައި އިސްތިއުނާފުކުރާ ފަރާތުން ޙަވާލާދީފައިވަނީ ކުރީގެ ހެއްކާބެހޭ ޤާނޫނު )ޤާނޫނު ނަންބަރު 76/24ގ( 6 ވަނަ މާއްދާއަށެވެ. މި ހެއްކާބެހޭ ޤާނޫނުވަނ ޤާނޫނީ ނަންބަރު 2022/11 )ހެއްކާބެހޭ ޤާނޫނު( އަށް ޢަމަލުކުރަން ފެށުމާއެކު އުވާލެވިފައިވެއެވެ.
70މޭ ނުކުތާގައި އިސްތިއުނާފުކުރި ފަރާތުން ދައްކާ ވާހަކަތަކުގެ މައުޟޫއަކީ ވާދީ ޓްރް ޑްރސ ޕްރައިވެޓް ލިމިޓެޑާއާއި ނިޒާރު އަޙްމަދުއާ ދެ މީހުން ދެމެދު އޮތް ގުޅުމުގެ ސަބަބުން ވާދީ ޓްރޭޑެރސ ޕްރައިވެޓް ލިމިޓެޑްގްގަވާއިދުތަކާއި ކުންފުނީގެ ހިންގުން ނިޒާރު އަޙްމަދުއަށް އެނގެން ޖެހޭނެކަމާއި، އަދި މ އެއްބަސްވުމާއި ގުޅޭ ކުންފުނީގެ ބޯޑު ރިޒޮލިއުޝަނެއް ނުވަތަ ނިންމުމެއް ނެތް ކަން ނިޒާރު އަޙްމަދުއަށް އެނގެންޖެހޭނެކަމުގައި ސިވިލް ކޯޓުން ނިންމި ނިންމުމުގެ މައްޗަށެވެ.
71HN7މިފަދައިން ސިވިލް ކޯޓުން ނިންމުމުގައި ސިވިލް ކޯޓުނާ ބަރޯސާވެފައިވަނީ ނިޒާރު އަޙްމަދުގެ ފަރާތުނ ހުށަހަޅާފައިވާ ވާދީ ޓްރޭޑާރސ ޕްރައިވެޓް ލިމިޓެޑްއާއި ނިޒާރު އަޙްމަދުއާ ދެމެދު 01 ނޮވެމްބަރ 2010ގައި ޢަމަލުކުރާ ގޮތަށް 24 މެއި 2012ގައި ހަދާފައިވާ އެއްބަސްވުމަށެވެ. އެ އެއްބަސްވުމަށް ފުރަތަމަ ނަޒަރުން ބަލާއިރު، މިއީ ކުންފުންޏަކާއެކު ނިޒާރު އަޙްމަދު ވެފައިވާ އެއްބަސްވުމެއްކަމާއި، ކުންފުނީގައި ނިޒާރު އަޙްމަދުގެ މަޤާމަކީ "އޮޕަރޭޝަންސް މެނޭޖަރ" މަޤާމުކަމާއި، ނިޒާރު އަޙްމަދުއަކ ކުންފުނީގައި އިޚްލާސްތެރިކަމާއެކު މަސައްކަތްކުރާ މީހެއްކަން ފާޅުވެގެން ދެއެވެ. މީގެއިތުރުންވެސް މ އެއްބަސްވުމުގައި ހިމެނޭ ކަންކަމަކީ، އަދި އެއްބަސްވުމުގެދަށުން ހިނގާ މުޢާމަލާތަކީ ކުންފުނީގް ހިއްސާއ ގުޅާ މުޢާމަލާތެއޭކަމާއި، އަދި ކުންފުނީގެ ވިޔަފާރިން ލިބޭ ސާފު ފައިދއ ގުޅާ މުޢާމަލާތެއްކަންވެސް ހާމަވެގެންދެއެވެ. ޤާނޫނު ނަންބަރު 76/24 )ހެއްކާބެހޭ ޤާނޫނު(ގެ 6 ވަނަ މާއްދާގައިވަނީ ހަގީގަތެއް ސާބިތު ވެއްޖެކަމަށ ޝަރީޢަތުން ބެލޭނީ އެކަން ސާބިތުކުރުމަށް ކަނޑައެޅިފައިވާ ހަމަތަކުގެ މަތިން، އެކަމެއް ހިނގާކަމަށް ނުވަތަ ހިނގާފައިވާކަމަށް ޝަރީޢަތުގެ މަޖިލީހަށް ޤަބޫލުކުރެވިއްޖާހިނދެއްގައިކަމާއި، އަދި ބުއްދި ސަމާލަތުނ ހުރް މީހަކު އެކަމެއް ހިނގާފައިވާކަމަށް ބަލައި، އެމައްޗަށް ޢަމަލުކުރަންޖެހޭ ފަދަ މިންވަރަކަށް އެކަމެއް ހިނގްފައިވާކަމަށް ޝަރީޢަތުގެ މަޖިލީހަށް ބުރަވެވިއްޖެނަމަ، އެފަދަ ހާއްސަ ޙާލަތަށް ކަނޑައެޅިފައިވާ އުސޫލެއްގެމަތިން އެކަމެއްގެ ހަގީގަތް ސާބިތު ވެއްޖެކަމަށް ޝަރީޢަތުގެ މަޖިލިހުން ނިންމިދާނެކަމުގައެވެ. ޤާނޫނު ނަންބަރު 2022/11 )ހެއްކާބެހޭ ޤާނޫނު(ގެ 149 ވަނަ މާއްދާ
72މ މުޢާމަލާތް ހިނގާފައިވަނީ ކުންފުންޏަކާއެކު ކަމުގައިވާތީ، މިއާއެކު ދެން އުފެދޭ ސުވާލަކި އިންޑޯ މެނޭޖްމެންޓް ރޫލްއ ގުޅާ ގޮތުން އުފެދޭ ސުވާލެވެ. މި ސުވާލުގެ ޖަވާބު ދަށު ކޯޓުން ދީފައިވެއެވެ. އަދ މިކަމ ގުޅާ ގޮތުން ދަށު ކޯޓުން ނިންމި ނިންމުމާއި ގުޅޭ ގޮތުން އިސްތިއުނާފުކުރާ ފަރާތުން ހުށަހެޅ އިސްތިއުނާފީ ނުކުތާއަށް އިސްވެ ބަޔާންކުރަނިވި ނުކުތާތަކުގައި ޖަވާބުދީފައިވާނެއެވެ.
73އެހެންކަމުން، ދަށު ކޯޓަށް ހުށަހެޅި އެއާ ގުޅިގެން ބަހުސްކުރެވިފައިވާ އެއްބަސްވުމިށަ އ، މ އެއްބަސްވުމުގައި ފެންނަން ހުރި ޙަޤީޤަތްތަކަށާއ އަދި އިސްވެ ބަޔާންކުރަނިވި ޙަޤީޤަތްތަކަށެބިނާކޮށް، ދަށު ކޯޓުން ނިންމި ނިންމުމަކީ ހެއްކާބެހޭ ޤާނޫނުގެ 6 ވަނަ މާއްދާއއާ މި މާއްދާގެ ހެއްކާގުޅ އުޞޫލުތަކާއި ގުޅިގެން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނިންމާފައިވާ ނިންމުންތަކާއި ޚިލާފުވާ ނިންމުމެއް ކަމުގައި ނުދެކެމެވެ.
މައްސަލަ ނިންމަން ފެންނަގޮތް
74އިސްވެ ބަޔާންކުރަނިވި ކަންކަން އެހެން ހުރުމުން، ސިވިލް ކޯޓުގެ ނަންބަރު 2544/Cv-C/2019 ޤަޟިއްޔާ ބާޠިލުކުރަންޖެހޭ ޤާނޫނީ ސަބަބެއް ނެތް ކަމަށް ކަނޑައަޅައި މައްސަލަ ނިންމަން ފެނެއެވެ.
ފަނޑިޔާރު މުޙައްމަދު ނިޔާޒްގެ ރައުޔް
75ފަނޑިޔާރު ޙުޒައިފާ މުޙައްމަދުގެ ރައުޔަށް އހުރެން ތާއީދު ކުރަމެވެ.
ފަނޑިޔާރު މުޙައްމަދު ޝަނީޒް ޢަބްދުﷲ ގެ ރައުޔު
76ފަނޑިޔާރު ޙުޒައިފާ މުޙައްމަދުގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.
އިސްތިއުނާފުކުރުމުގެ އިޖުރާއަތު ބަޔާންކޮށްދިނުން
77މ ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި ޙުކުމްކުރުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ޤަޟިއްޔާ އިސްތިއުނާފުކުރުމުގެ ޙައްޤު މައްސަލައިގެ ޚަސްމުންނަށް ލިބިގެންވެއެވެ. އާންމު އުޞޫލެއްގެ ގޮތުނާދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް މައްސަލަ އިސްތިއުނާފުކުރުމަށް ހުށަހެޅޭނީ ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމުން ނިންމާތާ 30 )ތިރީސް( ދުވަހުގެ ތެރޭގައެވެ.މި މުއްދަތުގެ ތެރޭގައި ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ޙަވާލުކޮށްފައިނުވާނަމަ، އިސްތިއުނާފުކުރުމުގެ މުއްދަތު ގުނަން ފަށާނީ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ޙަވާލުކުރާ ތަރީޚުން ފެށިގެންނެވެ. އެހެނަސް، ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ ޚުލާޞާއަށް ބިނާކޮށްވެސް އިސްތިއުނާފަށް ހުށަހެޅިދާނެއެވެ. ކޯޓުނ މައްސަލައިގް ޙުކުމްކުރުމަށްފަހު، އެ ޙުކުމް އިސްތިއުނާފުކުރުމުގެ ޙައްޤު ލިބިގެންވާކަމާއި، އިސްތިއުނާފުކުރެވޭނެ ކޯޓާއި، އިސްތިއުނާފުކުރަންޖެހ ވަގުތު ޚަޞްމުންނަށް ސާފުކޮށްދޭންވާނެކަމާއި، އަދި މިކަން ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގައި ބަޔާންކޮށްފައި އޮނު ނަންވާނެކަމުގައި މަދަނީ އިޖުރާއަތުގެ ޤާނޫނު )ޤާނޫނ ނަންބަރު 2021/32(ގެ 268 ވަނަ މާއްދާގައި ބަޔާންކުރެއެވެ. މިކަމުގައި ދެވޭ އިސްތިސްނާ މަދަނީ އިޖުރާއަތުގެ ޤާނޫނު )ޤާނޫނު ނަންބަރު 2021/32(ގެ 284 ވަނަ މާއްދާގެ )ރ( ގައި ބަޔާންކުރެއެވެ. މަދަނީ އިޖުރާއަތުގެ ޤާނޫނު )ޤާނޫނު ނަންބަރު 2021/32(ގެ 284 ވަނަ މާއްދާގެ )ހ( މަދަނީ އިޖުރާއަތުގެ ޤާނޫނު )ޤާނޫނު ނަންބަރު 2021/32(ގެ 284 ވަނަ މާއްދާގެ )ށ( މަދަނީ އިޖުރާއަތުގެ ޤާނޫނު )ޤާނޫނު ނަންބަރު 2021/32(ގެ 284 ވަނަ މާއްދާގެ )ނ(
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 4 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 10/96 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު) ގެ 37 ވަނަ މާއްދާ، 44 ވަނަ މާއްދާ، 55 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 7/2023 (ކުންފުނީގެ ޤާނޫނު) ގެ 241 ވަނަ މާއްދާ (10/96 އުވާލުން)
- ޤާނޫނު ނަންބަރު 24/76 (ހެއްކާބެހޭ ޤާނޫނު) ގެ 6 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 11/2022 (ހެއްކާބެހޭ ޤާނޫނު) ގެ 149 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 268 ވަނަ މާއްދާ އަދި 284 ވަނަ މާއްދާގެ (ހ)، (ށ)، (ނ)، (ރ)
- ވާދީ ޓްރޭޑަރސް ޕްރައިވެޓް ލިމިޓެޑްގެ ހިންގާ ގަވާއިދުގެ 4، 5، 7، 13، 16، 21، 22 ވަނަ ނަންބަރު
- ސުޕްރީމް ކޯޓުގެ 2017/SC-A/40 (ޢަބްދުﷲ ޢާރިފް ވ. އެޕޯލޯ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް)
- ސުޕްރީމް ކޯޓުގެ 2015/SC-A/02 (މުޙައްމަދު ރަޝާދު ވ. ޙުސައިން ރަޝީދު)
- ސުޕްރީމް ކޯޓުގެ 2009/SC-A/30 (ޙަސަން ޙަލީމް ވ. ހަރންގް ތްޔޭ ހެންގް ޕްރައިވެޓް ލިމިޓެޑް)
- ސުޕްރީމް ކޯޓުގެ 2016/SC-A/18 (މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް ވ. ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް)
- ސުޕްރީމް ކޯޓުގެ 2011/SC-A/34 (އާމިނަތު ޞައްފަތު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް)
- ހައިކޯޓުގެ 2016/HC-A/37 (މި މައްސަލައިގެ ކުރީގެ މަރުޙަލާ)
- Royal British Bank v. Turquand (1856) 6 E&B 327
- Mahony v. East Holyford Mining Co (1875) LR 7 HL 869
- Morris v. Kanssen (1946) AC 459
- Howard v. Patent Ivory Manufacturing Co (1888) 38 Ch D 156
- Biggerstaff v. Rowatt's Wharf Ltd (1896) 2 Ch 93
- Ruben v. Great Fingall Ltd (1906) AC 439
- Kreditbank Cassel v. Schenkers Ltd (1927) 1 KB 826
- Advance Bank Australia Ltd v. Fleetwood Star Pty Ltd (1993) 11 ACLC 629
- Lyford v. Media Portfolio Ltd (1989) 7 ACLC 271
ޝަރީޢަތުގެ ވީޑިއޯ
ހައިކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.