މުޙައްމަދު ސިނާން ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- ކްރިމިނަލް ކޯޓު 384/Cr-C/2013
- ފަހުގެ ތާރީޚު
- ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް
ކޯ ޓާމްސް
ޚުލާޞާ
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ކުރީގެ ޤާނޫނުލްޢުޤޫބާތުގެ 131 (ހ) އާއި 132 ވަނަ މާއްދާގެ ދަށުން ދިހަހާސް ރުފިޔާއަށްވުރެ ގިނަ ފައިސާއަށް ޚިޔާނާތްތެރިވުމުގެ ކުށް އެކަށީގެންވާ ޝައްކެއްނެތި ސާބިތުވިތޯއާއި، އަދަބު ކަނޑައަޅާ މާއްދާއެއްގެ ދަށުން ކުރި ދަޢުވާ ޞައްޙަތޯއާއި، ތަޙްޤީޤުނުކުރެވި ހެކީގައި ނުހުށަހެޅޭ ޗެކްތަކުގެ ފައިސާ ހިމަނައިގެން ޢަދަދު ކަނޑައެޅުމާއި، ޤާނޫނު ނަންބަރު 9/2014 ގެ 10 (ރ) ގެ ދަށުން ކަނޑައެޅި އަދަބުގެ މިންވަރު ޞައްޙަތޯ.
ނިންމުން
ބައެއް ބަދަލުކުރިބައެއް ބަދަލުކުރި: ކުށް ސާބިތުވުން ޤާއިމް، ތަޙްޤީޤުނުކުރާ 3 ޗެކް އެއްފަރާތްކޮށް ޖޫރިމަނާ 840,000 ރ. އިން 360,000 ރ. އަށް ދަށްކުރި
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގެ ދަށުން ހުށަހެޅޭ ހެކިތައް ގުޅި، އެއް ހެއްކަށް އަނެއް ހެއްކުން ބާރުލިބި (corroborate)، ދަޢުވާ އެކަށީގެންވާ ޝައްކެއްނެތި ސާބިތުކޮށްދިނުމަކީ ދަޢުވާކުރާ ފަރާތުގެ ޒިންމާއެވެ؛ އެކަން ނުކުރެވިއްޖެނަމަ ނުވަތަ ދިފާޢުން އެކަށީގެންވާ ޝައްކެއް އުފައްދައިފިނަމަ ދަޢުވާ ސާބިތު ނުވާނެއެވެ.
HN2 ކުށަކަށް ދެވޭ އަދަބު ޤާނޫނުގައި ބަޔާންކޮށްފައި އޮތުމަކީ އެކަން ކުށެއްކަމަށް މާނަކުރެވޭ ކަމެކެވެ؛ ކުރީގެ ޤާނޫނުލްޢުޤޫބާތުގެ 131 (ހ) އާއި 132 ގައި ޚިޔާނާތުގެ އަދަބު ބަޔާންކޮށް 149 (ނ) ގައި ޚިޔާނާތް މާނަކޮށްފައިވާތީ، އެ މާއްދާތަކުގެ ދަށުން ކުރާ ދަޢުވާއަކީ ތަޖްރީމްކުރެވިފައިވާ ކުށެއްގެ ދަޢުވާއެކެވެ.
HN3 ޚިޔާނާތުގެ ކުށުގެ އުންޞުރުތަކަކީ: އެއްޗަކީ ތިމާގެ ބެލުމުގެ ދަށުގައި ނުވަތަ ޙަވާލުގައިވާ އެއްޗަކަށްވުން، އެހެން ފަރާތެއްގެ އެއްޗަކަށްވުން، ނުބައި ނިޔަތް، ވެރިފަރާތުގެ އިޒުނަ ނެތުން، އަދި އެ އެއްޗެއް ބޭނުންކުރުން/ބަދަލުކުރުން/ނައްތާލުން/ކަނޑައެޅިފައިވާ ގޮތާ ޚިލާފަށް ގެންގުޅުން ނުވަތަ ހުންނަންވީ ވަރަށް ނެތުމެވެ. ނުބައި ނިޔަތް ހެކިތަކާއި ޙަޤީޤަތްތަކުން ސާބިތުކުރެވިދާނެއެވެ. ދަޢުވާގައި ތުހުމަތުކުރާ ޢަމަލަކީ ޚިޔާނާތުގެ މާނައިގެ ތެރެއިން ކޮން ޢަމަލެއްކަން ސާފުކޮށް އެނގެންޖެހޭނެއެވެ.
HN4 ވެރިފަރާތަށް ލިބެންޖެހޭ ޗެކްތަކުގެ ފައިސާ ތުހުމަތުކުރެވޭ ފަރާތުގެ އެކައުންޓަށް ޖަމާވެފައިވާކަން ސާބިތުވެއްޖެނަމަ، އެ ފައިސާ ޖަމާވި ގޮތާމެދު ސުވާލު އުފައްދާނަމަ އެކަން ސާބިތުކުރުމަށް ހެކި ދެއްކުމުގެ ޒިންމާ އޮންނާނީ ތުހުމަތުކުރެވޭ ފަރާތުގެ މައްޗަށެވެ.
HN5 ތުހުމަތުކުރެވޭ ފަރާތުގެ ދިފާޢު ބިނާވަނީ ތަޙްޤީޤުގައި އޭނާއާ ސުވާލުކުރެވޭ ތުހުމަތުގެ މައްޗަށް ކަމުން، ތަޙްޤީޤުނުކުރެވި، ތަޙްޤީޤުގައި ސުވާލުނުކުރެވި، ދަޢުވާއާއެކު ހެކީގެ ގޮތުގައި ނުހުށަހެޅޭ ލިޔުންތައް (ޗެކްތައް) ތުހުމަތުކުރެވޭ ޢަދަދު ކަނޑައެޅުމުން އެއްފަރާތްކުރަންޖެހޭނެއެވެ. ޤާނޫނާ ޚިލާފަށް ކުރި ކަމެއްގެ ސަބަބުން ބާޠިލުވާނީ ޚިލާފަށް ކުރި މިންވަރަށް ކަމުން، ބާކީ ހެކިތަކުން ދަޢުވާ ސާބިތުވާނަމަ ކުށް ސާބިތުވުމަށް އަސަރެއް ނުކުރެއެވެ.
HN6 ޑޮލަރުގެ އެކްސްޗޭންޖް ރޭޓު ބެލުމުގެ ތަފާތުން ދަޢުވާގެ ޢަދަދާއި ކަނޑައެޅުނު ޢަދަދާ ދެމެދު އުފެދޭ ކުޑަ ތަފާތަކީ ދަށުކޯޓުގެ ޙުކުމަށް ބަދަލު ގެންނަ ފަދަ ތަފާތެއް ނޫނެވެ.
HN7 ޤާނޫނު ނަންބަރު 9/2014 ގެ 10 ވަނަ މާއްދާގެ (ރ) ގެ ދަށުން، ޤާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރިން ހިނގި ކުށަކަށް އަދަބު ކަނޑައަޅާއިރު އައު ޤާނޫނުގެ އަދަބު ލުއިނަމަ އައު ޤާނޫނުގެ ދަށުން އަދަބު ކަނޑައަޅަންވާނެއެވެ؛ ޚިޔާނާތުގެ ކުށް ދަރަޖަކުރެވެނީ 210 (ށ) ގެ ދަށުން މުދަލުގެ އަގަށް ބަލައި ކަމުން، ޢަދަދު 500,000 ރުފިޔާއަށްވުރެ ދަށްވުމުން ކުށަކީ ޖިނާޔަތުގެ 4 ވަނަ ދަރަޖައިގެ ކުށެކެވެ. ގިނަ ކުށްތަކަށް ދަޢުވާ ނުކުރެވިފައިވާ ކުރީގެ ހާދިސާތަކުގައި 1001 (ރ) ގެ ދަށުން އަސާސީ މިންގަނޑު 3 ދަރަޖަ މަތިކޮށް، 1101 އާއި 1003 ގެ ދަރަޖަތަކަށް ރިޢާޔަތްކޮށް، 1005 (ހ) އާއި 1202 (ހ) ގެ ދަށުން އާމްދަނީއަށް ބަލައި ޖަލު އަދަބު ޖޫރިމަނާއަށް ބަދަލުކުރެވިދާނެއެވެ.
HN8 އަދަބު ކަނޑައެޅުމުގައި ދަށުކޯޓަށް ހެދިފައިވާ ގޯހެއް އިސްތިއުނާފީ ކޯޓަށް ފާހަގަވެއްޖެނަމަ، ޚަޞްމުންނަށް އެކަމާމެދު ވާހަކަދެއްކުމުގެ ފުރުޞަތު ދީ އެ ގޯސް ރަނގަޅުކުރެވިދާނެއެވެ.
HN9 އިސްތިއުނާފީ މަރުޙަލާގައި އައު ހެކި ބަލައިގަނެވޭނީ ސުޕްރީމް ކޯޓުގެ އާމިނަތު ނާޒްލީ ވ. ސީގޭޓް ޤަޟިއްޔާގެ އުންޞުރުތައް ފުރިހަމަވާނަމައެވެ؛ މިގޮތުން، ޙުކުމަށް ބަދަލު ނައިނަމަވެސް މައްސަލައިގެ މައުޟޫޢަށް އެކަށީގެންވާ ނުފޫޒެއް ފޯރާ ހެއްކަކަށް ނުވާނަމަ އެ ހެކި ބަލައި ނުގަނެވޭނެއެވެ.
HN10 ދަށުކޯޓުން ކުށް ސާބިތުކުރުމުގައި ބުރަދަން ނުދޭ ހެއްކެއް (ޑޮކިއުމަންޓް އެގްޒަމިނޭޝަން ރިޕޯޓު) ބަލައިގަތުމާ ގުޅޭ ބަހުސަކީ ހައިކޯޓުން ގޮތެއް ކަނޑައަޅަންޖެހޭ ބަހުސެއް ނޫނެވެ.
ވަކީލުންނާއި ފަނޑިޔާރުން
- ވަކީލުން
- —
- ބެންޗު
- މުޙައްމަދު ސަލީމް، ޙުސައިން ޝަހީދު، މުޙައްމަދު ފައިޞަލް
- ރިޔާސަތު
- —
- ރައުޔު ލިޔުނު ފަނޑިޔާރު
- —
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.
ފަނޑިޔާރު މުޙައްމަދު ސަލީމްގެ ރައުޔު
މައްސަލައިގެ ތަޢާރުފު:
1މިއީ، ކްރިމިނަލް ކޯޓުގެ ނަންބަރު 384/Cr-C/2013 ޤޟިއްޔަ އެ ކޯޓުން ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށްބުނެ، އެ ޤަޟިއްޔާ އިސްތިއުނާފުކުރުމަށް އެދި ރ. އިންނަމާދޫ، ހަވީރީފިނި/ މުޙައްމަދު ސިނާން (މީގެ ފަހުން "މުޙައްމަދު ސިނާން" ނުވަތަ "އިސްތިއުނާފުކުރާ ފަރާތް") ހުށަހެޅުމުން ބަލާފައިވާ ޤަޟިއްޔާގެ ނިޔާ އެވެ.
2މި ޤަޝިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ، ޕްރޮސިކިއުޓަރ ޖެނެރަލް (މީގެ ފަހުން "ދައުލަތް" ނުވަތަ "އިސްތިއުނާފު ރައްދުވާ ފަރާތް") އެވެ. ކަން ހިނގައިފައިވާގޮތް:
3މުޙައްމަދު ސިނާން، 21 ޖުލައި 2009 އާއި 19 ޖޫން 2012 އާ ދެމެދުގެ މުއްދަތުގައި، އެސްޓަރސް ޕްރައިވެޓް ލިމިޓެޑް(މީގެ ފަހުން "އެސްޓަރސް" ކަމަށް މުޚާޠަބުކުރެވޭ) ގެ އެކައުންޓް ރިސީވަބަލް މެނޭޖަރެއްގެ ވަޒީފާގައި އުޅުނުއިރު، އެސްޓަރސްއަށް އެކިފަރާތްތަކުން ދައްކަންޖެހޭ ފައިސާގެ ތެރެއިން، ޖުމްލަ 579050/16ރ. (ފަސްލައްކަ ހަތްދިހަނުވަހާސް ފަންސާސްރުފިޔާ،ސޯޅަލާރި) ނެގޭ ގޮތަށް އެފަރާތްތަކުން ދޫކޮށްފައިވާ ޗެކްތަކެއްގައި، އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ. ކ.މާލެ، […] / އިބްރާހީމް ކަލީމްގެ ސޮއި ފޯޖުކޮށް، އެ ޗެކްތައް އެންޑޯޒް ކުރުމަށްފަހު، އެ ޗެކްތައް މުޙައްމަދު ސިނާނުގެ އެކައުންޓަށް ޖަމާކޮށް، އެ ފައިސާއަށް ޚިޔާނާތްތެރިވެފައިވާތީ، ޤާނޫނުލްޢުޤޫބާތުގެ 131 ވަނަ މާއްދާގެ (ހ) އާއި 132 ވަނަ މާއްދާގެ ދަށުން، ދިހަހާސް ރުފިޔާއަށްވުރެ ގިނަ ޢަދަދެއްގެ ފައިސާއަށް ޚިޔާނާތްތެރިވުމުގެ ކުށުގެ ދަޢުވާ ދައުލަތުން، 2013 މާރިޗު 24 ގައި މުޙައްމަދު ސިނާނުގެ މައްޗަށް އުފުލާފައިވެއެވެ. ކްރިމިނަލް ކޯޓުން މައްސަލަ ނިންމިގޮތް:
4އެ ދަޢުވާ ބަލައި، ކްރިމިނަލް ކޯޓުގެ ނަންބަރު 384/Cr-C/2013 ޤަސިއްޔާގައި 08 ޖުލައި 2021 ގައި ކްރިމިނަލް ކޯޓުން ކުރި ޙުކުމުގައި ކަނޑައަޅާފައިވަނީ: "ދެންފަހެ، ދައުލަތުން ރ. އިންނަމާދޫ/ ހަވީރީފިނި، މުޙައްމަދު ސިނާންގެ މައްޗަށް ކުޅަ ދިހަހާސް ރުފިޔާއަށްވުރެ ގިނަ ޢަދަދެއްގެ ފައިސާއަށް ޚިޔާނާތްތެރިވުމުގެ ކުށުގެ މި ދަޢުވާ ޝަރީޢަތުން ބެލިބެލުމުން، މުޙައްމަދު ސިނާން، 21 ޖުލައި 2009 އާއި 19 ޖޫން 2012 އާ ދެމެދުގެ މުއްދަތުގައި، އެސްޓަރސް ޕްރައިވެޓް ލިމިޓެޑްގެ އެކައުންޓް ރިސީވަބަލް މެނޭޖަރެއްގެ ވަޒީފާގައި އުޅުނުއިރު، އެސްޓަރސް ޕްރައިވެޓް ލިމިޓެޑަށް އެކި ފަރާތްތަކުން ދައްކަންޖެހޭ ފައިސާގެ ތެރެއިން ޖުމްލަ، 579050/16ރ. (ފަސްލައްކަ ހަތްދިހަނުވަހާސް ފަންސާސްރުފިޔާ ސޯޅަލާރި) ނެގޭ ގޮތަށް އެފަރާތްތަކުން ދޫކޮށްފައިވާ ޗެކްތަކެއްގައި އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މާލެ، އިބްރާހީމް ކަލީމްގެ ސޮއި ފޯޖުކޮށް، އެ ޗެކްތައް އެންޑޯޒް ކުރުމަށްފަހު، އެ ޗެކްތައް މީނާގެ އެކައުންޓަށް ޖަމާކޮށް، އެފައިސާއަށް ޚިޔާނާތްތެރިވެފައިވާތީ، ޚިޔާނާތްތެރިވުމުގެ ކުށުން ޤާނޫނު ނަންބަރު 10/86 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު)ގެ ޗެޕްޓަރ 4 ގެ 131 ވަނަ މާއްދާގެ (ހ) އާއި 132 ވަނަ މާއްދާގެ މުޙައްމަދު ސިނާން ކުށްވެރިވެއްޖެކަމަށް ކަނޑައަޅައި، މި ކުށުގެ ޢުޤޫބާތެއްގެ ގޮތުން ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނު ޢުޤޫބާތު) ގެ 215 ވަނަ މާއްދާއާއި ޙަވާލާދީ، އެ ޤާނޫނުގެ 210 ވަނަ މާއްދާގެ (ށ) ގެ 1 ވަނަ ނަންބަރާއި، އެޤާނޫނުގެ 1002 ވަނަ މާއްދާގެ (ހ) އާއި އެ ޤާނޫނުގެ 1001 ވަނަ މާއްދާގެ (ރ) އާއި 1101 ވަނަ މާއްދާއާއި، 1003 ވަނަ މާއްދާގެ (ށ) އަދި (ނ) އާއި، 1005 ވަނަ މާއްދާއާއި، ބުނެވިދިޔަ ޤާނޫނުގެ 1202 ވަނަ މާއްދާގެ ދަށުން ރ. އިންނާމާދޫ/ ހަވީރީފިނި މުޙައްމަދު ސިނާން -840000ރ. (އަށް ލައްކަ ސާޅީސްހާސް ރުފިޔާ) އިން ޖޫރިމަނާކޮށް، މިފައިސާ މިއަދުން (2021 ޖުލައި 08) ވަނަ ދުވަހުން ފެށިގެން 48 (ސާޅީސް އަށް) މަސް ދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށް ދެއްކުމަށް އަންގައި، މިގޮތުގެ މަތިން ޙުކުމްކޮށް މިޤަޟިއްޔާ ނިންމީއެވެ. މިފަދައިންނެވެ. އިސްތިއުނާފީ ނުކުތާތައް:
5ކްރިމިނަލް ކޯޓުގެ ނަންބަރު 384/Cr-C/2013 ޤަޝިއްޔާ ނިމިފައިވާ ގޮތް ޝަރުޢީ ނުވަތަ ޤާނޫނީ ހަމަތަކާ ޚިލާފުކަމަށް ބަޔާންކޮށް އެ ޤަޟިއްޔު އިސްތިއުނާފުކުރުމަށް އެދި މުޙައްމަދު ސިނާނުގެ ފަރާތުން އަންނަނިވި ނުކުތާތައް ހުށަހަޅައި އެ ނުކުތާތަކާ ބެހޭގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. އެ ނުކުތާތަކަކީ!
5.1 ދިވެހިރާއްޖޭގެ ޖުމުހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބަޔާންކޮށްފައިވާ އެކަށީގެންވާ މިންވަރަށް ޝައްކެއްނެތި ދަޢުވާކުރާ ފަރާތަށް ސާބިތު ކޮށްދެވިފައިނުވަނީސް، ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބަޔާން ކޮށްފައިވާ އުޞޫލާ ޚިލާފަށް މައްސަލަ ނިންމާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
5.2 ޖިނާއީ ދަޢުވާއެއް ސާބިތުވާކަމަށް ކަނޑައަޅައި ކޯޓުން ކުރާ ޙުކުމް ބިނާވާންޖެހޭނީ އަބަދުވެސް ޤާނޫނީ ގޮތުން ޞައްޙަ ދަލީލުތަކާއި، ޤަރީނާތަކެއްގެ މައްޗަށް ކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2012/SC-A/01 ޤަޟިއްޔާގައި ފަނޑިޔާރުންނަށް ފާހަގަކުރެވުނު ނުކުތާތަކުގެ 03ވަނަ އަދި 04 ވަނަ ނަންބަރުގައި ބަޔާންކޮށްފައި ވީނަމަވެސް ކްރިމިނަލް ކޯޓުގެ ނަންބަރު 384/Cr-C/2013 ޤޟިއްޔަ ނިންމާފައިވަނީ ޞައްޙަ ދަލީލުތަކުގެ މައްޗަށް ބިނާކޮށް ނޫންކަމަށް ބުނެ ހުށަހެޅި ނުކުތާ.
5.3 ޤާނޫނު ނަންބަރު 10/68 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު)ގެ ޗެޕްޓަރ 4 ގެ 149 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ "ޚިޔާނާތުގެ" މާނައިގައި ކަނޑައަޅާފައިވާ ގޮތާ ޚިލާފަށް ގެންގުޅުން ފާޅުކަންބޮޑު ގޮތެއްގައި ބަޔާންކުރެވިފައި ވީހިނދު އަދި އެ ލަފުޒަކީ ދަޢުވާ ނުވަތަ ދަޢުވާގައި ދައުލަތުން ތުހުމަތުކުރާ އެއްޗެއްގެ މައްޗަށް ބުރަވެ ސާބިތު ކުރަން ލާޒިމު އުންޞުރަކަށް ވީހިނދު އަދި އިސްތިއުނާފުކުރާ ފަރާތުގެ މައްޗަށް ސާބިތުވި ޚިޔާނާތުގެ ކުށަށް ނިސްބަތްވާ ޗެކުތައް އިސްތިއުނާފުކުރާ ފަރާތުގެ ބެލުމުގެ ދަށުގައި ހުރިކަން ދައުލަތަށް ސާބިތުކޮށްދެވިފައި ނުވަނީސް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/190 ޤަޟިއްޔާއާ ޚިލާފަށް މައްސަލަ ނިންމާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
5.4 ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 10 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ އުޞޫލާ ޚިލާފަށް މައްސަލަ ނިންމާފައިވާ ކަމަށްބުނެ ހުށަހެޅި ނުކުތާ. އިސްތިއުނާފުކުރާ ފަރާތުން ފާހަގަކުރި ކަންކަމުގެ ޚުލާސާ: އިސްތިއުނާފީ ފުރަތަމަ ނުކުތާއާ ގުޅޭގޮތުން އިސްތިއުނާފުކުރާ ފަރާތުން މައިގަނޑު ފާހަގަކޮށްފައިވަނީ އަންނަނިވި
6މިމައްސަލައާ ގުޅިގެން ދަށުކޯޓުގައި ހެކިބަސް ދިން ނަޒުމުލް ހުސައިންގެ ހެކި ބަހަށް ބަލާއިރު، އޭނާއަކީ އެސްޓަރސްގެ އޮފީސް ބޯއީ އެއްގެ ގޮތުގައި މަސައްކަތްކުރާ މުވައްޒަފެއްކަމަށާއި އޭނާ އެސްޓަރސްއަށް ލިބެންޖެހޭ ފައިސާގެ ޗެކްތައް ޖަމާކުރުމަށް ބޭންކަށް ދާކަމަށާއި އެކަމަކު ބޭންކަށް ޖަމާކުރުމަށް ދަނީ އެކައުންޓްސް ބައިން ޗެކްތަކުގައި ލިޔެދިނުމުން ކަމަށް ބުނެފައިވާ ކަމަށާއި، އަދި ބޭންކަށް ޖަމާކުރި ހުރިހާ ޗެކެއްވެސް ޖަމާކޮށްފައިވަނީ އެސްޓަރސްގެ އެކައުންޓަށް ކަމަށް ބުނެފައިވާ ކަމަށާއި، ހަމައެހެންމެ އިސްތިއުނާފު ކުރާފަރާތ ޙަވާލުކުރާ ކަމަށް ބުނާ ޗެކްތައް ބޭންކަށް ޖަމާކުރަން ނަޒުމުލް ހުސައިން ދާކަމަށާއި މިގޮތަށް ޗެކް ޖަމާކުރަން ދާއިރު އިސްތިއުނާފުކުރާ ފަރާތުގެ އަމިއްލަ އެކައުންޓަށް އެއްވެސް ޗެކެއް ޙަވާލުކޮށްފައިނުވާ ކަމަށް ވެސް 2023 މޭ 05 ވަނަ ދުވަހު ޝަރީޢަތަށް ދީފައިވާ ހެކިބަހުގައި ބުނެފައިވާ ކަމަށާއި، ހަމަ އެހެންމެ ޝަރީޢަތަށް ހުށަހެޅިފައިވާ ޗެކްތަކުގެ ތެރެއިން އެއްވެސް ޗެކެއް ނަޒުމުލް ޙުސައިން އިސްތިއުނާފު ކުރާ ފަރާތާއި ޙަވާލުކުރިކަން އެނގޭނެ އެއްވެސް ގޮތެއް ދައުލަތަށް ސާބިތުކޮށްދެވިފައި ނުވާކަމަށާއި އެކައުންޓްސް ރިސީވަބަލް ޑިޕާރޓްމަންޓާއި އެކައުންޓްސް ޑިޕާރޓްމަންޓަކީ ވަކި ދެ ތަނެއް ކަމާއި އޭނާ ޖަމާކުރާ ހުރިހާ ޗެކެއްގައި ވެސް ލިޔަނީ އެކައުންޓްސް ޑިޕާރޓްމަންޓުން ކަމާއި، އެހެންކަމުން މުޙައްމަދު ސިނާނުގެ ފަރާތުން އެއްވެސް ޗެކެއް ބޭންކަށް ޖަމާކުރުމަށް ނަޒުމުލް ޙުސައިންގެ އަތަށް އެއްވެސް އިރެއްގައި ދީފައި ނުވާކަން އެނގި ޔަޤީންވާ ކަމަށެވެ.
7އަދި މުޙައްމަދު ނާޘިމްގެ ހެކިބަހަށް ބަލާއިރު، މުޙައްމަދު ސިނާނުގެ ފަރާތުން އެއްވެސް ޗެކެއްގައި ލިޔެގެން މުޙައްމަދު ސިނާނުގެ އެކައުންޓަށް ޖަމާކުރިކަމަށް ބުނެފައި ނެތްކަމަށެވެ. އަދި މުޙައްމަދު ސިނާންއާ ޙަވާލުކޮށްފައިވާ ޗެކްތަކަކީ ކޮބައިކަމެއް އަދި ޙަވާލުކުރި ޗެކްތަކުގެ ޢަދަދު ބުނެފައި ނުވާއިރު، މުޙައްމަދު ސިނާނުއާ ޙަވާލުކުރާ އެއްވެސް ޗެކެއް އަމިއްލަ އެކައުންޓަށް ޖަމާކުރަން ފޮނުވިކަމަށް އަދި އެފަދަ ޢަމަލެއް މުޙައްމަދު ސިނާނުގެ ފަރާތުން ހިންގާފައިވާކަމަކަށް ވެސް ބުނެފައި ނުވާކަމަށާއި ހަމަ އެހެންމެ މުޙައްމަދު ސިނާންއާ ޙަވާލުކުރަން ބުނާ ޗެކްތައް ޙަވާލުކުރަނީ އެ ޗެކްތަކުގެ ކޮޕީއެއް އެއީ ކަމަށް ބުނިނަމަވެސް، އެފަދަ ގޮތަކަށް ނެގުނު ޗެކެއްގެ ކޮޕީއެއް އޮތްކަން ދައުލަތަށް ބުނެދެވިފައި ނުވާ ކަމަށާއި ޝަރީޢަތުން ޙުކުމް ކުރުމާއި ހަމައަށްވެސް އެއިން ޗެކެއްގެ އެއްވެސް ކޮޕީއެއް ޝަރީޢަތަށް ހުށަހަޅާފައި ނުވާކަމުގައެވެ.
8މި މައްސަލައިގައި ހެކިބަސް ދީފައިވާ އިބްރާހިމް ކަލީމްގެ ހެކިބަހަށް ބަލާއިރު، އިސްތިއުނާފުކުރާ ފަރާތުގެ މައްޗަށް 17 ޗެކްގެ ފައިސާ އިސްތިއުނާފުކުރާ ފަރާތުގެ އެކައުންޓަށް ޖަމާކުރިކަމަށް ބުނެފައިވާ ކަމަށާއި ނަމަވެސް ޝަރީޢަތަށް ޗެކްތަކުގެ ކޮޕީ ހުށަހެޅިއިރު 12 ޗެކްގެ ކޮޕީ ހުށަހަޅާފައިވާއިރު ލިޔުންތަކުން ދައްކާ ގޮތުން އަދި ކޮޕީ ނުލިބޭ 3 ޗެކް ހިމެނޭ ކަމަށް ބުނެ ޗެކްތަކުގެ ކޮޕީ ހުށަހެޅި ލިޔުމުގައި ބަޔާންކޮށްފައިވާ ކަމާއި، އަދި އަނެއް ބައިފަހަރު 14 ޗެކް ޖަމާކުރި ކަމަށް ބުނެފައިވާ ކަމަށާއި، އެހެންކަމުން މިމައްސަލައިގައި ހިމެނޭ ފައިސާގެ ޢަދަދާމެދު ސުވާލު އުފެދިފައިވާ ކަމަށާއި މިކަން ދަޢުލަތަށް ކަށަވަރުކަމާއެކު ބުނެދެވިފައި ނުވާ ކަމުގައެވެ. އިސްތިއުނާފީ ދެވަނަ ނުކުތާއާ ގުޅޭގޮތުން އިސްތިއުނާފުކުރާ ފަރާތުން މައިގަނޑު ފާހަގަކޮށްފައިވަނީ އަންނަނިވި ކަންކަމެވެ.
9ކްރިމިނަލް ކޯޓުގެ ނަންބަރު: 384/Cr-C/2013 ޤަޝިއްޔާ ނިންމާފައިވަނީ ޞައްޙަ ދަލީލުތަކުގެ މައްޗަށް ބިނާކޮށް ނޫންކަމުގައެވެ.
10އެ ގޮތުން މިމައްސަލައިގައި ފޮރެންސިކް ރިޕޯޓު ތައްޔާރުކުރި މުޝްތާޤުގެ ބަހަށް ބަލާއިރު، ސާމްޕަލް ލިޔުންތަކާއި އަޞްލު އެފަރާތަށް ލިބުމުން އަޅާ ކިޔައި ބެލުމަށްފަހު އަމިއްލައަށް ގޮތް ނިންމާ ކަމާއި، އަދި ފޮރެންސިކް ރިޕޯޓު ތައްޔާރުކުރި ދެވަނަ ފަރާތެއްކަމުގައިވާ މުޙައްމަދު ތައުސީނުގެ ބަހަށް ބަލާއިރުގައި، މިފަދަ ރިޕޯޓްތައް ތައްޔާރު ކުރަނީ ލިބޭ ރިކުއެސްޓްތަކަށް ކަމާއި ރިޕޯޓު ތައްޔާރުކުރަނީ ރިކުއެސްޓަކާއެކު ލިބޭ ސާމްޕަލްއާއި އަޞްލު އަޅާކިޔުމަށްފަހު އަމިއްލައަށް ނިންމާގޮތެއް ރިޕޯޓުގައި ހިމަނައިގެންކަމާއި، މި ރިޕޯރޓަށް ބަލާއިރު، ރިޕޯޓުގައި ހިމަނާފައިވަނީ އެ ރިޕޯޓުގެ ދެވަނަ ނަންބަރުގެ
(ށ) އަދި (ނ) ގައިވާ ސާމްޕަލްތަކާއި ދިމާވާކަމަށް ވީނަމަވެސް އެ ސާމްޕަލްތަކަކީ ކާކުގެ ސާމްޕަލްތަކެއް ކަމެއް ބުނެދޭން ނޭނގޭކަމާއި، އެއީ އިސްތިއުނާފުކުރާ ފަރާތުގެ އަތުން ނަގާފައިވާ ސާމްޕަލް ކަމެއް މި ރިޕޯޓުގައި ބުނެ ނުދެވޭކަމަށް ބަޔާންކޮށް ހެކިބަސް ދީފައިވާކަމުގައެވެ. ނަމަވެސް ސާމްޕަލް ލެބޯޓްރީއަށް އަންނައިރު ޢާންމުކޮށް ޗެއިން އޮފް ކަސްޓަޑީ އޮންނަކަމަށާއި މިމައްސަލައިގައި ޗެއިން އޮފް ކަސްޓަޑީ އޮތްކަމެއް ނުވަތަ ނެތްކަމެއް ބުނެދޭން ނޭގޭކަމަށް ދޭހަވާ ގޮތަށް ހެކިބަސް ދީފައިވާ ކަމުގައެވެ.
11އެ ރިޕޯޓުގައި ބުނާ ސާމްޕަލް ތަކަކީ އިސްތިއުނާފުކުރާ ފަރާތުގެ އަތުން ނަގާފައިވާ ސާމްޕަލްތޯ ސުވާލު އުފެދޭއިރު އެކަން ސާބިތުކޮށްދެވޭފަދަ އެއްވެސް ހެއްކެއް ޤަރީނާއެއް ދައުލަތުން ހުށަހަޅާފައި ނުވާ އިސްތިއުނާފީ ތިންވަނަ ނުކުތާއާ ގުޅޭގޮތުން އިސްތިއުނާފުކުރާ ފަރާތުން ފާހަގަކޮށްފައިވަނީ އަންނަނިވި
12ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 4 ޗެޕްޓަރ 4 ގެ 149 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ "ޚިޔާނާތުގެ" މާނައިގައި "ކަނޑައަޅާފައިވާ ގޮތާއި ޚިލާފަށް" ގެންގުޅުން ފާޅުކަން ބޮޑު ގޮތެއްގައި ބަޔާންކުރެވިފައި ވީހިނދު، އަދި އެ ލަފްޒަކީ ދަޢުވާ ނުވަތަ ދަޢުވާގައި ދައުލަތުން ތުހުމަތުކުރާ އެއްޗެއްގެ މައްޗަށް ބުރަވެ ސާބިތުކުރަން ލާޒިމު އުންޞުރަކަށް ވީހިނދު، އަދި އިސްތިއުނާފުކުރާ ފަރާތުގެ މައްޗަށް ސާބިތުވި ޚިޔާނާތުގެ ކުށް ނިސްބަތްވާ ޗެކްތައް އިސްތިއުނާފުކުރާ ފަރާތުގެ ބެލުމުގެ ދަށުގައި ހުރިކަން ދައުލަތަށް ސާބިތުކޮށްދެވިފައި ނުވަނީސް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/190 ޤަޟިއްޔާއާ ޚިލާފަށް ދަށުކޯޓުން މައްސަލަ ނިންމާފައިވާ ކަމަށެވެ.
13އެގޮތުން މި މައްސަލައިގައި އިސްތިއުނާފު ކުރާ ފަރާތުގެ މައްޗަށް ޚިޔާނާތްތެރިވި ކުށުގެ ދަޢުވާ ކޮށްފައިވާއިރު، އެ ޤާނޫނުގެ 149 ވަނަ މާއްދާގެ (ނ) ގައި ޚިޔާނާތް މާނަކޮށްފައިވާ ގޮތަށް ބަލާއިރު، ތިމާގެ ބެލުމުގެ ދަށުގައި ނުވަތަ ތިމާގެ ޙަވާލުގެ ދަށުގައިވާ އެއްޗެއްކަން ސާބިތުކޮށްދޭން ޖެހޭ ކަމަށާއި، ދައުލަތުން މިދަޢުވާ ކުރުމުގައި އަޞްލަކަށް ބަލާ ޗެކްތަކަކީ އިސްތިއުނާފުކުރާ ފަރާތާ ޙަވާލުކުރެވިފައިވާ ޗެކްތަކެއް ނޫން ކަމުގައެވެ.
14ދަޢުވާގައި އިސްތިއުނާފުކުރާ ފަރާތް ޚިޔާނާތްތެރި ވެފައިވާ ކަމަށް ބުނާ ޗެކްތަކަކީ އިސްތިއުނާފުކުރާ ފަރާތާ ޙަވާލުކޮށްފައިވާ ނުވަތަ އެޗެކްތައް ބެލެހެއްޓުމުގެ ޒިންމާ އިސްތިއުނާފުކުރާ ފަރާތާ ޙަވާލު ކުރެވިފައިވާ ނުވަތަ އިސްތިއުނާފު ކުރާ ފަރާތް އަދާކުރާ މަސްއޫލިއްޔަތުގެ ގޮތުން ވިޔަސް އިސްތިއުނާފުކުރާ ފަރާތާ ހަމައަށް ވާސިލުވެފައިވާ ޗެކްތަކެއްކެން ދަލާލަތު ކޮށްދޭ އެއްވެސް ހެއްކެއް ދައުލަތުން ހުށަހަޅާފައިނުވާ ކަމާއި، ދައުލަތުން ހުށަހެޅި ހެކިންގެ ހެކިބަހުން ހަމައެކަނި އެނގޭ ކަމަކީ ޗެކްތައް ޙަވާލުކުރުމަށް އަންގާފައިވާ އެންގުމާ އެއްގޮތަށް ޙަވާލު ކުރެވިފައިވާކަމާއި ނަމަވެސް ޙަވާލު ކުރެވުނު ޗެކްތަކުގެ ތެރޭގައި މި ދަޢުވާގައި ހިމެނޭ އެއްވެސް ޗެކެއް ހިމެނޭ ކަމެއް ބުނެދެވިފައި ނުވާކަމަށެވެ.
15އަދި ދަޢުވާގެ އަށް ބަލާއިރުގައި މި މައްސަލައިގައި ދަޢުވާ ކޮށްފައިވަނީ، ޤާނޫނުލްޢުޤޫބާތުގެ ޗެޕްޓަރ 4 ގެ 131 ވަނަ މާއްދާއާއި ޙަވާލާދީ 132 ވަނަ މާއްދާގެ ދަށުންކަމަށްވާއިރުގައި މި ދެ ނަންބަރަކީ ކުށް ކަނޑައަޅާފައި އޮތް މާއްދާއެއް ނޫންކަމާއި، މި ނަންބަރަކީ އަދަބު ކަނޑައަޅާ މާއްދާއެއްކަމަށްވެސް އިސްތިއުނާފުކުރާ ފަރާތުން ފާހަގަކޮށްފައިވެއެވެ. އިސްތިއުނާފީ ހަތަރުވަނަ ނުކުތާއާ ގުޅޭގޮތުން އިސްތިއުނާފުކުރާ ފަރާތުން ފާހަގަކޮށްފައިވަނީ އަންނަނިވި
16ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 10 ވަނަ މާއްދާގެ (ރ) އަށް ބަލާއިރު ލުއި ލިބެނީ ހަމައެކަނި އަދަބު ކަނޑައެޅުމުގައި ނޫން ކަމާއި، މީގެއިތުރުން އެ ޤާނޫނުގައި އެ ކުށުގެ މައްޗަށް ހިންގުމަށް އޮތް އުޞޫލަކީ ނުވަތަ އިޖުރާޢަތަކީ ކުރީގެ ޤާނޫނަށްވުރެ ދަޢުވާ ލިބޭ މީހާއަށް ލުއި އިޖުރާޢަތެއްނަމަ އެފަދަ ކުށެއްގެ މައްޗަށް ހިންގަންވާނީ ވެސް އެ ޤާނޫނުކަން އެނގޭ
17ކްރިމިނަލްކޯޓުން މައްސަލަ ނިންމިގޮތުގެ 21.1 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތުން "ޚިޔާނާތްތެރިވުން" ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 215 ވަނަ މާއްދާގައި މާނަކޮށްދީފައިވާ ކަމަށް ބަޔާންކުރުމަށްފަހު، މި ޤާނޫނުގައި އެ ކުށް މާނަކޮށްދީފައިވާގޮތުގެ ސަބަބުން ކުށުގެ އުންޞުރުތަކުގެ ގޮތުގައި ސާބިތުކުރަންޖެހޭ ކަންކަންތަކަކީ ޤާނޫނު ނަންބަރު 10/68 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ ޗެޕްޓަރ 4 ގެ 149 މާއްދާގެ (ނ) ގައި ޚިޔާނާތް މާނަކޮށްދީފައިވާ ގޮތަށްވުރެ، އިސްތިއުނާފުކުރާ ފަރާތަށް ލުއިވާ ޙާލަތެއްތޯ ބަލާފައި ނުވާ ކަމަށާއި، މިގޮތުން، އިސްތިއުނާފުކުރާ ފަރާތުގެ މައްޗަށް ތުހުމަތުކުރާ ޙާދިޘާގެ މައްޗަށް ޤާނޫނު ތަޠުބީޤު ކުރާއިރު، އެ ޙާދިޘާއަކީ ޚިޔާނާތުގެ ކުށެއްތޯ ނުވަތަ ނޫންތޯ ތަޙުލީލު ކޮށްފައެއްނުވާ ކަމުގައެވެ.
18ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 215 ވަނަ މާއްދާގެ (ހ) ގައި ޚިޔާނާތުގެ ކުށް ސާބިތުވުމަށް ބޭނުންވާ އުންސުރުތަކެއް ބަޔާން ކޮށްފައިވާ ކަމަށާއި، މިގޮތުން އެ އަކުރުގެ (1) ވަނަ ނަންބަރާއި (2) ވަނަ ނަންބަރާއި އަދި (3) ވަނަ ނަންބަރަށް ބަލާއިރު، އިސްތިއުނާފު ކުރާ ފަރާތަކީ އެއްބަސްވުމެއްގެ ދަށުން ނުވަތަ ޤާނޫނީ އިލްތިޒާމެއްގެ ދަށުން ނުވަތަ ޒިންމާ އުފުލަންޖެހޭ މަސްލަޙަތެއް އޮންނަ ޙާލަތުގައި، ގެ މުދަލެއް ލިބިގަނެފައިވާ ފަރާތްތަކަށް ވާންޖެހޭ ކަމާއި، އަދި އެ މުދާ ލިބިގަންނަނީ އަގެއް އަދާކުރުމަށް ނުވަތަ މުދަލުން ވަކި ތަސައްރަފެއް ކުރުމަށް ކަމުގައި ވާންޖެހޭ ކަމުގައެވެ. އަދި އެ ލިބިގަތް މުދަލަކުން އަދާކުރަންޖެހޭ އަގު އަދާނުކުރިކަން ވެސް ސާބިތުވާންޖެހެއެވެ. ނުވަތަ ވަކި ތަސައްރުފެއް ކުރުމަށް ލިބިގަތް މުދަލެއްނަމަ، އެއިން ކުރަންޖެހޭ ތަސައްރުފު ނުކުރާކަން ސާބިތުވާންޖެހޭ ކަމުގައެވެ. މީގެއިތުރުން އިސްތިއުނާފު ކުރާ ފަރާތުން އަމިއްލަ މުދަލެއްގެ ގޮތުގައި އެ މުދަލެއް ބޭނުންކޮށްފައި އޮތްކަން ސާބިތުވާންވެސް ޖެހޭ ކަމުގައެވެ.
19އެހެންކަމުން އިސްތިއުނާފު ކުރާ ފަރާތުގެ މައްޗަށް ތުޙުމަތު ކުރަނީ ޚިޔާނާތްތެރިވުމުގެ ކުށް ކަމުގައިވާއިރު އިސްތިއުނާފު ކުރާ ފަރާތުގެ މައްޗަށް ދިވެހިރާއްޖޭގެ ޤާނޫނުލް އުޤޫބާތުގެ 215 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ޚިޔާނާތުގެ އުންސުރުތައް ސާބިތުވާން ނެތްކަމުގައެވެ. 7 ޤާނޫނު ނަންބަރު: 9/2014 އިސްތިއުނާފުކުރާ ފަރާތުން އެދޭގޮތް:
20އިސްތިއުނާފުކުރާ ފަރާތުން އެދިފައިވަނީ، އިސްތިއުނާފީ ނުކުތާތަކުގެ މައްޗަށް ބިނާކޮށް، ކްރިމިނަލް ކޯޓުގެ ނަންބަރު 384/Cr-C/2013 ޤަޟިއްޔާ ނިންމާފައިވަނީ ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 10 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ އުޞޫލާއި، އަދި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގެ ދަށުން ޖިނާއީ ކުށް ސާބިތުކުރުމަށް އޮންނަ މިންގަނޑަށްވުރެ ލުއިކޮށް، ޖިނާއީ ކުށެއް ސާބިތުކުރުމަށް ބޭނުންވާ މިންވަރަށް ކާފީ ހެކި، ދަލީލު ނެތި އެ މާއްދާގައި ބަޔާންކުރާ އުޞޫލާ ވެސް ޚިލާފަށް ކަމުގައި ކަނޑައަޅައި ކްރިމިނަލް ކޯޓުގެ ނަންބަރު 384/Cr-C/2013 ޤަޟިއްޔާގެ ޙުކުމް ބާޠިލުކޮށްދިނުމަށެވެ. އިސްތިއުނާފު ރައްދުވާ ފަރާތުން ފާހަގަކުރިކަންކަމުގެ ޚުލާސާ: އިސްތިއުނާފީ ފުރަތަމަ ނުކުތާގެ ޖަވާބުގައި ދައުލަތުން މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވަނީ އަންނަނިވި
21މުޙައްމަދު ސިނާނުގެ މައްޗަށް މި މައްސަލައާ ގުޅިގެން ކޮށްފައިވަނީ ޚިޔާނާތްތެރިވުމުގެ ކުށުގެ ދަޢުވާ ކަމަށާއި، މި ދަޢުވާ ގުޅިގެން ދައުލަތުން ސާބިތުކޮށްދޭން ޖެހެނީ ދެ އުންޞުރެއް ކަމަށާއި އެއީ؛
21.1 އެސްޓަރސް އަށް އެކި ފަރާތްތަކުން ދައްކަންޖެހޭ ފައިސާ ދިނުމުގެ ގޮތުން އެފަރާތްތަކުން އެސްޓަރސްއަށް ޗެކްތަކެއް ދޫކުރިކަން؛
21.2 އެ ޗެކްތައް އިސްތިއުނާފު ކުރާ ފަރާތުގެ އެކައުންޓަށް ޖަމާކޮށް އެ ފައިސާއަށް ޚިޔާނާތްތެރިވެފައިވާކަން.
22މި ދަޢުވާ ސާބިތު ކުރުމަށް ދައުލަތުން ހެއްކާއި ޤަރީނާ ހުށަހަޅާފައިވާނެ ކަމަށާއި، އެގޮތުން ދައުލަތުން ހުށަހެޅި ހެކިންގެ ތެރެއިން ނަޒްމުލް ޙުސައިން ހެކިބަހުން މުޙައްމަދު ސިނާން މަޤާމާއި ޙަވާލުވުމަށްފަހު ކުންފުނީގެ ޢަމަލު ކުރަމުން އައިގޮތާއި ޚިލާފަށް މުޙައްމަދު ސިނާންއާ ޗެކްތައް ޙަވާލުކުރުމަށް މުޙައްމަދު ސިނާންގެ ފަރާތުން އަންގާފައިވާކަން އެނގޭ ކަމަށެވެ. ނަޒްމުލް ޙުސައިންއާއި މުޙައްމަދު ނާޖިމްގެ ހެކިބަހުން އެސްޓަރސްއަށް ލިބެންޖެހޭ ޕޭމަންޓްތައް ހޯދަމުން އައިސްފައިވަނީ އެތަންތަނަށް ގުޅައިގެންކަމާއި، ނަމަވެސް މުޙައްމަދު ސިނާން މަޤާމާއި ޙަވާލުވުމަށްފަހު ޗެކްތައް މުޙައްމަދު ސިނާންއާއި ޙަވާލުކުރުމަށް އެންގިކަމަށާއި އަދި ޗެކްތައް މުޙައްމަދު ސިނާންއާ ޙަވާލުކުރަމުން ގޮސްފައި ވާކަންވެސް މި ދެ ފަރާތުގެ ހެކިބަހުން އެނގޭކަމަށެވެ.
23މީގެއިތުރަށް މި މައްސަލައިގައި ހެކިބަސް އަދާކުރި އިބްރާހީމް ކަލީމް ބުނެފައިވަނީ މި ޙާދިޘާ ހިނގިއިރު މުޙައްމަދު ސިނާން ހުރީ އެސްޓަރސްގެ އެކައުންޓް ރިސީވަބަލް މެނޭޖަރގެ ވަޒީފާގައި ކަމަށާއި އެސްޓަރސްއިން ކްރެޑިޓަށް މުދާ ނެގުމަށްފަހު ފައިސާ ދިނުމުގެ ގޮތުން އެކި ފަރާތްތަކުން އެސްޓަރސްއަށް ދޫކޮށްފައިވާ ޗެކްތަކުގައި އިބްރާހިމް ކަލީމްގެ ސޮއި ފޯޖު ކޮށްގެން މުޙައްމަދު ސިނާންގެ އެކައުންޓަށް ޖަމާކޮށްފައިވާކަން އެނގުނީ އެސްޓަރސްއަށް ފައިސާ ނުލިބިގެން، ފައިސާ ދޭންޖެހޭ ކުންފުނިތަކަށް ގުޅުމުން ޗެކް ޙަވާލު ކޮށްފައިވާކަމަށް ބުނެފައިވާތީ ކަމަށެވެ. ފައިސާ ދެއްކި ކަމުގެ ހެއްކެއްގެ ގޮތުން އެ ކުންފުނިތަކުން އެސްޓަރސްއަށް ދޫކޮށްފައިވާ ޗެކްގެ ކޮފީއެއް ހުށަހެޅި ކަމަށާއި މިގޮތަށް ކަންތައްވާން ފެށުމުން ފައިސާ ނުދައްކާ ކުންފުނިތަކަށް ގުޅާ އެ ވާހަކަތައް ދައްކާ އަޑު އިވިގެން މުޙައްމަދު ސިނާންގެ އެކައުންޓުން އެސްޓަރސްގެ އެކައުންޓަށް ފައިސާ ޖަމާކުރުމަށްފަހު އެ ފައިސާއަކީ އެ ކުންފުނިން ޖަމާކުރި ފައިސާ ކަމަށް ބުނާކަމަށާއި، މި ފައިސާތަކަކީ އެސްޓަރސްގެ ފައިސާކަމާއި ޗެކްގައި އެސްޓަރސްއަށް ލިބެންޖެހޭ ފައިސާކަމަށް ބަޔާންކޮށްފައިވާއިރު، އެ ފައިސާ ދުވަހަކުވެސް އަމިއްލަ އެކައުންޓަށް ޖަމާކޮށްފައި ނުވާނެކަމަށާއި މިއިން އެއްވެސް ޗެކެއް އެންޑޯރސްކޮށްފައި ނުވާނެކަމަށާއި މި ފައިސާތައް މުޙައްމަދު ސިނާންގެ އެކައުންޓަށް ޖަމާވެފައިވަނީ ކިހިނެއްކަން ބުނަން ނޭނގޭއޭ ބުނެވޭނެ ޖާގައެއް ނޯންނާނެ ކަމަށް ބުނެފައިވާ ކަމަށެވެ.
24އިބްރާހީމް ކަލީމުގެ ހެކިބަހަށް ބަލާއިރު، މުޙައްމަދު ސިނާންގެ އެކައުންޓަށް 17 ޗެކް ޖަމާކުރިކަމަށް، އަދި ބައެއްފަހަރު 14 ޗެކް ޖަމާކުރިކަމަށް ބުނެފައިވާކަމަށް ފާހަގަކޮށް މިއީ ފުށުއެރުމެއްކަމަށް އިސްތިއުނާފުކުރި ފަރާތުން ފާހަގަކުރި ނަމަވެސް މި މައްސަލައާ ގުޅިގެން 06 ނޮވެންބަރު 2013 ވަނަ ދުވަހު ބޭއްވުނު އަޑުއެހުމުގައި އިސްތިއުނާފު ކުރާ ފަރާތުގެ މައްޗަށް ދަޢުވާ ކުރެވުނީ އެސްޓަރސްއަށް ލިބެންޖެހޭ 14 ޗެކާއި ގުޅިގެންކަން ޝަރީޢަތުން ކަށަވަރު ކޮށްދެއްވާފައިވާ ކަމަށާއި އެކަން މަޙްޟަރު ބަޔާންތަކުގެ ޞަފްޙާ ނަންބަރު 13 އިން އެނގޭ ކަމަށެވެ. މުޙައްމަދު ސިނާންގެ މައްޗަށް ދަޢުވާ ކުރި 14 ޗެކްގެ ތަފްޞީލުތައް މި މައްސަލައާ ގުޅިގެން 22 އޮގަސްޓް 2016 ވަނަ ދުވަހު ކްރިމިނަލް ކޯޓުގައި ބޭއްވުނު އަޑުއެހުމުގައި ދައުލަތުން ހުށަހަޅާފައިވާނެ ކަމަށާއި، މިކަން މަޙްޟަރު ބަޔާންތަކުން ސާފުކޮށް އެނގޭ ކަމުގައެވެ.
25އެސްޓަރސްއަށް ލިބެންޖެހޭ ފައިސާ ޖަމާކޮށްފައިވަނީ އިސްތިއުނާފު ކުރާ ފަރާތުގެ އެކައުންޓަށް ކަމަށާއި، މިފަދައިން ފައިސާ ޖަމާކުރުމަށްޓަކައި އިސްތިއުނާފު ކުރާ ފަރާތާއި ޙަވާލުކުރި ޗެކްތަކުގެ ނުފުށުގައި "pls deposit to 7704261128101" މިފަދައިން ލިޔެ އެ ޗެކް ބޭންކަށް ޑިޕޮސިޓް ކުރުމަށް ފޮނުވަނީ ކަމަށާއި، ޗެކްތަކުގެ ނުފުށުގައި ލިޔެފައިވަނީ އިސްތިއުނާފު ކުރާ ފަރާތްކަން އެނގެނީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު K(G)/DER/2012/0079 "ޑޮކިއުމަންޓް އެގްޒެމިނޭޝަން ރިޕޯރޓް" އިން ކަމަށާއި، އަދި އެސްޓަރސް އަށް ލިބެންޖެހޭ ޗެކްތަކުގައި ސޮއި ކޮށްފައިވަނީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ކަލީމްގެ ސޮއި ފޯޖު ކޮށްގެންކަންވެސް އިސްވެ ދެންނެވުނު ރިޕޯރޓުން އެނގޭކަމަށެވެ. ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރުގެ ސޮއި ފޯޖު ކޮށްގެން ކުންފުންޏަށް ލިބެންޖެހޭ ފައިސާ ޖަމާކޮށްފައިވަނީ މުޙައްމަދު ސިނާނުގެ އެކައުންޓަށް ކަމަށާއި، އެސްޓަރސްއަށް ލިބެންޖެހޭ ފައިސާ މުޙައްމަދު ސިނާނުގެ އެކައުންޓަށް ޖަމާވެފައިވާކަން މި މައްސަލައާ ގުޅިގެން ދައުލަތުން ހުށަހަޅާފައިވާ މުޙައްމަދު ގެ އެކައުންޓް ސްޓޭޓްމަންޓްތަކުން ވަރަށް ސާފުކޮށް އެނގޭ ކަމުގައެވެ.
26މި ހެކިތަކުން އެސްޓަރސްއަށް އެކި ފަރާތްތަކުން ދައްކަންޖެހޭ ފައިސާ ދިނުމުގެ ގޮތުން އެފަރާތްތަކުން އެސްޓަރސް އަށް ޗެކްތަކެއް ދޫކުރި ކަމާއި އެ ޗެކްތައް އިސްތިއުނާފު ކުރާ ފަރާތުގެ އެކައުންޓަށް ޖަމާކޮށް އެފައިސާއަށް ޚިޔާނަތްތެރިވެފައިވާކަން އެއްވެސް ޝައްކެތް ނެތް މިންވަރަށް ސާބިތުވާކަމަށް ދައުލަތުން ދެކޭކަމަށެވެ. އިސްތިއުނާފީ ދެވަނަ ނުކުތާގެ ޖަވާބުގައި ދައުލަތުން އަންނަނިވި ކަންކަން ފާހަގަކޮށްފައިވެއެވެ.
27expert opinion ނުވަތަ ޚަބީރެއްގެ ރަޢުޔުއަކީ ސައިންޓިފިކް ޓެކްނިކަލް އަދި ޕްރޮފެޝަނަލް ކަމަކާ ގުޅޭގޮތުން ކަމާއިބެހޭ ތަޖުރިބާކާރަކު ދޭ ހެކިބަހެއް ކަމަށާއި، އެއީ އެމީހުންނަށް ލިބިފައިހުރި ޢިލްމާއި، ހުނަރާއި، ތަމްރީނާއި ތަޖުރިބާގެ އަލީގައި ކޯޓުގެ ކުރިމަތީގައި އޮތް ވާގިއާއަކާ ބެހޭގޮތުން ޚަބީރުން ހެކިބަސް ދިނުން ކަމަށެވެ. މި މައްސަލަ ސާބިތުކުރުމަށް ދައުލަތުން ހުށަހެޅި ޑޮކިއުމެންޓް އެގްޒެމިނޭޝަން ރިޕޯރޓަކީ އެކްސްޕަރޓް އޮޕީނިއަން ނުވަތަ ޚަބީރެއްގެ ރަޢުޔެއް ކަމަށާއި މިއީ ޝަރީޢަތަށް ބަލައިގަނެވޭނެ ހެއްކެއްކަން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ 2011/SC-A/31 ޤަޟިއްޔާއިން ސާފުކޮށް އެނގޭ ކަމަށާއި، މި ޤަޝިއްޔާގައި ޖިނާޢީ ދަޢުވާއަކާ ގުޅިގެން ޝަރީޢަތަށް ހުށަހެޅޭ އެކްސްޕާރޓް އޮޕީނިއަންގެ މައްޗަށް ޝަރީޢަތުން ކަމެއް ނިންމުމުގައި އިންޞާފުވެރިކަމާއެކު ހާމަކަމާއެކު ޝަރީޢަތް ކުރަމުންދާކަން ކަށަވަރު ކުރުމުގެ ގޮތުން އެފަދަ މައްސަލަތައް ބަލާ ކޯޓަކުން ޚަބީރެއްގެ ރަޢުޔުއަށް ބުރަވުމުގެ ކުރިން ފުރިހަމަވާންޖެހޭ އުޞޫލީ ކަންތައްތަކެއް އެޤަޟިއްޔާގައ ފާހަގަކުރައްވާކަމުގައެވެ.
28މި މައްސަލަ ސާބިތުކުރުމަށްޓަކައި ދައުލަތުން ހުށަހެޅި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު 2012/0079/K(G)/DER "ޑޮކިއުމަންޓް އެގްޒެމިނޭޝަން ރިޕޯރޓް" އާ ގުޅިގެން ރިޕޯރޓް ތައްޔާރުކުރި ދެ ޚަބީރުން ކަމަށްވާ އިންސްޕެކްޓަރ އޮފް ޕޮލިސް މުސްޠާޤު މުޙައްމަދު އަދި ޕޮލިސް ކޯޕްރަލް އަޙްމަދު ތައުސީފުގެ ހެކިބަސްވެސް ޝަރީޢަތަށް ނެގިފައިވާ ކަމަށާއި، މި ދެ ހެކިންގެ ހެކިބަހުން މި ރިޕޯރޓުގައި އެނަލައިޒް ކޮށްފައިވާ ސާމްޕަލްތަކަކީ ފުލުހުން ނަގާފައިވާ ސާމްޕަލެއްކަން އެނގޭ ކަމަށާއި، އަދި ރިޕޯރޓް ތައްޔާރުކުރުމުގައި އަޅާ ކިޔާފައިވަނީ މި ސާމްޕަލާއި އެވިޑެންސްގެ ގޮތުގައި ނެގުނު ޗެކުތަކުގައިވާ ލިޔުންތައްކަންވެސް ސާފުކޮށް އެނގޭ ކަމަށެވެ. ޑޮކިއުމެންޓް އެގްޒަމިނޭޝަން ރިޕޯޓުގެ ނަތީޖާއިން ރިޕޯޓް ތައްޔާރުކުރުމަށް ލިބުނު ޗެކްތަކުގައި ހިމެނޭ ސޮއިތަކަކީ ސިމިއުލޭޓެޑް މެތަޑް ބޭނުންކޮށްގެން ފޯޖުކޮށްފައިވާ ސޮއިތަކެއްކަންވެސް އެނގޭ ކަމަށެވެ. ހަމައެއާއެކު، މި ޗެކްތަކުގައިވާ އިނގިރޭސި އަދި ހިސާބު އަތުލިޔުން ލިޔެފައިވަނީ މުޙައްމަދު ސިނާން ކަން އެނގޭކަމަށެވެ. ސިމިއުލޭޓެޑް ފޯޖަރީއަކީ މީހެއްގެ ސޮއި ބަލައިގެން، ޕްރެކްޓިސް ކޮށްގެން އެގްޒެކިއުޓް ކޮށްފައި ހުންނަ ސޮއިކަން ޚަބީރުންގެ ބަހުން އެނގެން އޮންނަ ކަމުގައެވެ.
29އެ ރިޕޯޓު ތައްޔާރު ކުރުމުގައި ސާމްޕަލް ލިޔުމުގެ ގޮތުގައި ބަލާފައިވަނީ 4 ނަމޫނާއެއްކަމާއި، އެއީ ކ.މާލެ، […] އިބްރާހިމް ކަލީމް ނ ކުލައިގެ ގަލަމަކުން ކޮށްފައިވާ ކަމަށް ބުނާ 21 ސޮއި ހިމެނޭ A4 ސައިޒުގެ ދެ ގަނޑާއި، (އެއީ އެއްގަނޑުގައި 14 ސޮއި، އަދި ދެވަނަ ގަނޑުގައި 7 ސޮއި) އަދި މުޙައްމަދު ސީނާން ނ ކުލައިގެ ގަލަމަކުން ލިޔެފައިވާ ކަމަށް ބުނާ އިނގިރޭސި އަތުލިޔުން ހިމެނޭ A4 ސައިޒުގެ ގަނޑާއި، މުޙައްމަދު ސީނާން ނ ކުލައިގެ ގަލަމުން ލިޔެފައިވާކަމަށް ބުނާ ހިސާބު ޢަތުލިޔުން ހިމެނޭ A4 ސައިޒުގެ ގަނޑަކާއި، ކ.މާލެ، […] އިބްރާހިމް ކަލީމް ނ ކުލައިގެ ގަލަމުން ލިޔެފައިވާކަމަށް ބުނާ އިނގިރޭސި އަދި ހިސާބު އަތުލިޔުން ހިމެނޭ A4 ސައިޒުގެ 2 ގަނޑު ކަމަށެވެ.އެ ލިޔުންތަކަށް ބަލާއިރު، މިއީ ތަޙުޤީޤު ޓީމުގެ ޙާޟިރުގައި އަތު ލިޔުން ލިޔުނު ފަރާތްތަކުން އަދި ސޮއިކުރި ފަރާތްތަކުން އަތުންލިޔެ ސޮއިކޮށްފައިވާ ލިޔުންތަކެއްކަން އެނގޭ ކަމަށާއި، އެހެންކަމުން މިއީ ޞައްޙަ ނޫން ހެއްކެއްކަމަށް ބަލަންޖެހޭ ސަބަބެއް ނެތްކަމަށެވެ.
30ޑޮކިއުމަންޓް އެގްޒަމިނޭޝަން ރިޕޯޓަށް ރިޢާޔަތްކުރަން ނުޖެހޭނެކަމަށް އިސްތިއުނާފުކުރާ ފަރާތުން ބުނަނީ އިސްތިއުނާފުކުރާ ފަރާތުން އެއިން އެއްވެސް ޗެކެއްގައި ލިޔެފައި ނުވާތީކަމަށާއި އަދި އިސްތިއުނާފު ކުރާ ފަރާތުން އެފަދަ ޗެކެއް އިސްތިއުނާފުކުރާ ފަރާތުގެ އެކައުންޓަށް ޖަމާކޮށްފައި ނުވާނެކަމަށް ބުނެ ކަމަށާއި، ނަމަވެސް އެސްޓަރސް އަށް އެކި ކުންފުނިތަކުން ދޫކޮށްފައިވާ ޗެކްތައް އިސްތިއުނާފު ކުރާ ފަރާތުގެ އެކައުންޓަށް ޖަމާކުރުމަށްޓަކައި ޗެކްތަކުގެ ނުފުށުގައި ލިޔެފައިވާކަން ޑޮކިއުމަންޓް އެގްޒަމިނޭޝަން ރިޕޯޓުގެ ނަތީޖާއިން ވަރަށް ސާފުކޮށް އެނގެން އޮންނަ ކަމަށެވެ.
31މި ޗެކްތަކުން އެސްޓަރސްއަށް ލިބެންޖެހޭ ފައިސާ އިސްތިއުނާފު ކުރާ ފަރާތުގެ އެކައުންޓަށް ޖަމާވެފައިވޭތޯ ބަލާއިރު، އެސްޓަރސްއަށް ފައިސާ ލިބެންޖެހޭ 8 ޗެކެއްގެ ފައިސާ މުޙައްމަދު ސިނާންގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ 7704261128101 (ދިވެހި ރުފިޔާ) އެކައުންޓަށް ފައިސާ ޖަމާވެފައިވާ ކަމާއި، އެސްޓަރސްއަށް ފައިސާ ލިބެންޖެހޭ 04 ޗެކެއްގެ ފައިސާ މުޙައްމަދު ސިނާނުގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ 7703261128101 (ޔޫއެސް ޑޮލަރު) އެކައުންޓަށް އަދި އެސްޓަރސްއަށް ފައިސާ ލިބެންޖެހޭ 02 ޗެކެއްގެ ހިމެނޭ ފައިސާ މުޙައްމަދު ގެ ނަމުގައި މޯލްޑިވްސް އިސްލާމިކް ބޭންކުގައި ހުޅުވާފައިވާ 990110003962100 (ދިވެހި ރުފިޔާ) އެކައުންޓަށް ޖަމާވެފައިވާ ކަމަށެވެ. ތިންވަނަ އިސްތިއުނާފީ ނުކުތާގެ ޖަވާބުގައި ދައުލަތުން މައިގަނޑު ފާހަގަކޮށްފައިވަނީ އަންނަނިވި ކަންކަމެވެ.
32އިސްތިއުނާފުކުރާ ފަރާތުގެ މައްޗަށް ޚިޔާނާތްތެރިވުމުގެ ކުށުގެ ދަޢުވާ ހުށަހަޅާފައިވަނީ، ޤާނޫނު ނަންބަރު 10/68 (ދިވެހިރާއްޖޭގެ ޤާނޫނުލްއުޤޫބާތު) ގެ ޗެޕްޓަރ 4 ގެ 131 ވަނަ މާއްދާގެ (ހ) އާއި 132 ވަނަ މާއްދާގެ ދަށުން ކަމަށާއި ޚިޔާނާތްތެރިވުން އެ ޤާނޫނުގެ 149 ވަނަ މާއްދާގައި މާނަކޮށްފައިވާ
33ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/190 ޤަޟިއްޔާއާ ޚިލާފަށް މައްސަލަ ނިންމަވާފައިވާކަމަށް ފާހަގަ ކޮށްފައިވާއިރު، އެ ޤަޟިއްޔާއާ ޚިލާފުވި ގޮތެއް މި ނުކުތާގައި އިސްތިއުނާފުކުރާ ފަރާތުން ބުނެދީފައެއް ނުވާކަމަށެވެ.
34ދައުލަތުގެ ދަޢުވާގައި 131 ވަނަ މާއްދާއާއި 132 ވަނަ މާއްދާ އެކަނި ހިމަނާފައިވާތީވެ، އެގޮތަށް ދަޢުވާ ކުރެވިދާނެކަމަށް އިސްތިއުނާފު ކުރާ ފަރާތަށް ޤަބޫލުނުކުރެވޭކަމަށް ފާހަގަކޮށްފައިވީ ނަމަވެސް، އިސްތިއުނާފު ކުރާ ފަރާތުން މި ނުކުތާއާ ގުޅިގެން މި މައްސަލައިގައި ދަށުކޯޓުގައި ވާހަކަ ދައްކާފައި ނުވާކަމަށް އިސްތިއުނާފު ކުރާ ފަރާތުންވެސް ޝަރީޢަތުގެ މަޖިލީހުގައި އެއްބަސްވެފައިވާ ކަމަށާއި، މި މައްސަލައިގެ މަޙްޟަރު ބަޔާންތައް ބެލިއިރުވެސް އިސްތިއުނާފު ކުރާ ފަރާތަށް މި ދަޢުވާ ސާފުނުވާކަމަށް ނުވަތަ ދަޢުވާގައި ބުނާ އެއްވެސްކަމެއް ނޭނގިގެން އެކަމާއި ގުޅިގެން ޝަރީޢަތުގައި ސުވާލު އުފައްދާ އެކަން އިތުރަށް ސާފުކޮށްދިނުމަށް ދައުލަތުގެ ކިބައިން އެދިފައެއްނުވާ ކަމަށެވެ. އެއާއި ޚިލާފަށް މީނާ ކުރި ޢަމަލުން، ޚިޔާނާތްތެރިވުމުގެ ޢަމަލަކީ ކޮބައިކަން ދައުލަތުން ބުނެދީފައިވާކަން ދައުލަތުގެ މަޙްޟަރު ބަޔާނުން އެނގެން އެބައޮތް ކަމަށެވެ.
35ޚިޔާނާތްތެރިވުމުގެ ކުށް ތަފްޞީލީ ގޮތެއްގައި މާނަކޮށްފައި ވަނީ ދިވެހިރާއްޖޭގެ ހައިކޯޓުގެ 2016/HC-A/518 ޤަސިއްޔާގައި ކަމަށާއި، އެޤަސިއްޔާގެ ފާހަގަކުރެވުނު ނުކުތާތަކުގެ (ށ) ގައި ޚިޔާނާތުގެ ކުށުގެ ޢަމަލު (actus reus) ހިންގިދާނެ ތަފާތު ގޮތްތަކެއް ޤާނޫނުލްއުޤޫބާތުގެ 149 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާކަމަށް ފާހަގަކޮށް 7 ކަމެއް ބަޔާން ކޮށްފައިވާއިރު އެއިން ކޮންމެ ގޮތަކަށްވެސް ޚިޔާނާތުގެ ކުށުގެ ޢަމަލު ހިންގިދާނެކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ. އެ ޤަޟިއްޔާގައި ފާހަގަކުރެވުނު ނުކުތާތަކުގެ (ށ) ގައި، މި ކުށުގެ ޢަމަލާއި ގުޅިފައިވާ ނިޔަތަކީ (mens rea) އެކަން ނުބައި ނިޔަތެއް (dishonestly) ގައި ކުރުން ކަމަށް ބަޔާންކޮށްފައިވާ ކަމަށާއި، ނުބައި ނިޔަތަކީ ކޮބައިކަން މި ޤާނޫނުގައި ބަޔާންކޮށްދީފައި ނެތްނަމަވެސް އެ އެއްޗަކާމެދު ފަރުވާ ކުޑަކުރުން ނުވަތަ ތިމާގެ ބެލުމުގެ ދަށުގައިވާ ނުވަތަ ޙަވާލުގައިވާ އެއްޗެއްގެ ހިސާބު ދެއްކުމަށް ނުކުޅެދުން، ދުވަހު ފޮތްތަކަށް ހިސާބު ނޭރުވުން، ފައިސާއެއްނަމަ، އެ ޖަމާކުރަންޖެހޭ ތަނަކަށް ޖަމާނުކޮށް ލަސްކުރުން، ވަކި ބޭނުމަކަށް ބޭނުން ކުރުމަށް ހުންނަ ފައިސާ އެ ނޫންކަމެއްގައި ބޭނުންކުރުން ފަދަ ކަމެއް އޮތުމާއެކު އެ މައްސަލައިގައި ހިމެނޭ އެހެން ހެކި ނުވަތަ ޙަޤީޤަތްތަކުން ފެންނަ ކަންކަމަށް ބަލައި ނުބައި ނިޔަތް ސާބިތު ކުރެވިދާނެކަމާއި، އެހެންކަމުން 149 ވަނަ މާއްދާގެ
(ނ) ގައި ބަޔާންކުރާ ޚިޔާނާތުގެ ކުށުގެ މައިގަނޑު އުންޞުރުތަކަކީ 1. އެ އެއްޗަކީ ތިމާގެ ބެލުމުގެ ދަށުގައި ނުވަތަ ޙަވާލުގައި ހުރި އެއްޗަކަށްވުމާއި، 2. އެ އެއްޗަކީ އެހެން ފަރާތެއްގެ އެއްޗަކަށްވުމާއި،
3. ނުބައި ނިޔަތެއް އޮތުމާއި، 4. އެ އެއްޗެއްގެ ވެރިފަރާތުގެ އިޒުނަ ނެތުމާއި، 5. އެ އެއްޗެއް ބޭނުން ކުރުން ނުވަތަ އެ އެއްޗަކަށް ބަދަލުގެނައުން ނުވަތަ އެ އެއްޗެއް ނައްތާލުން ނުވަތަ ކަނޑައެޅިފައިވާ ގޮތާއި ޚިލާފަށް އެ އެއްޗެއް ގެންގުޅުން ނުވަތަ އެ އެއްޗެއް ހުންނަންވީ ވަރަށް ނެތުން ކަމަށެވެ.
36ދައުލަތުން ހުށަހެޅި ހެކިންގެ ތެރެއިން މުޙައްމަދު ނާޘިމްއާއި އިބްރާހިމް ކަލީމާއި ބަންގްލަދޭޝްގެ ރައްޔިތެއްކަމުގައިވާ ނަޒުމުލް ޙުސައިންގެ ހެކިބަހުން އެސްޓަރސް އަށް އެކި ފަރާތްތަކުން ދޫކުރާ ޗެކްތައް މުޙައްމަދު ސިނާންއާއި ޙަވާލުކުރަމުން ދިޔަކަން ވަރަށް ސާފުކޮށް އެނގޭ ކަމަށާއި އެހެންކަމުން އެސްޓަރސްގެ ރިސީވަބަލް މެނޭޖަރުގެ މަޤާމުގައި އިސްތިއުނާފު ކުރާ ފަރާތް ހުރިއިރު އެސްޓަރސްއަށް ފައިސާ ލިބެންޖެހޭ ޗެކްތަކެއް އިސްތިއުނާފު ކުރާ ފަރާތަށް ލިބިފައިވާކަން އެނގޭކަމަށެވެ.
37މީގެއިތުރަށް މުޙައްމަދު ސިނާންގެ ނަމުގައި ބޭންކް އޮފް މޯލްޑްޑިވްސްގައި ހުޅުވާފައި އޮންނަ ނަންބަރު 7704261128101 އެކައުންޓް ސްޓޭޓްމަންޓާއި ނަންބަރު 7703261128101 އެކައުންޓްގެ ސްޓޭޓްމަންޓާއި، މުޙައްމަދު ސިނާންގެ ނަމުގައި މޯލްޑިވްސް އިސްލާމިކް ބޭންކްގައި ހުޅުވާފައި އޮންނަ ނަންބަރު 99010310003962100 އެކައުންޓް ސްޓޭޓްމަންޓަށް ބެލުމުން އެސްޓަރސް އަށް ލިބެންޖެހޭ ޗެކްތަކެއް އެ އެކައުންޓަށް ޖަމާވެފައިވާކަން އެނގެން އޮންނަކަމަށެވެ.
38މި ފައިސާ އިސްތިއުނާފު ކުރާ ފަރާތުގެ އެކައުންޓަށް ޖަމާވެފައިވަނީ މީހަކު ލަނޑެއް ދިނުމުގެ ގޮތުން ކުރިކަމަކުން ކަމަށް އިސްތިއުނާފު ކުރާ ފަރާތުން ކްރިމިނަލް ކޯޓުގައި ބުނެފައި ވާކަމަށާއި، އެހެންނަމަވެސް ހެކީގެ ގޮތުގައި ދައުލަތުން ހުށަހެޅި ޑޮކިއުމަންޓް އެގްޒަމިނޭޝަން ރިޕޯޓުން އެނގި ހާމަވާ ޙަޤީޤަތަކަކީ އެސްޓަރސް އަށް އެކި ކުންފުނިތަކުން ދޫކޮށްފައިވާ ޗެކްތައް އިސްތިއުނާފު ކުރާ ފަރާތުގެ އެކައުންޓަށް ޖަމާ ކުރުމަށްޓަކައި ޗެކްތަކުގެ ނުފުށުގައި ލިޔެ އެ ޗެކްތަކުގައި އެސްޓަރސްގެ މެނޭޖިންގ ޑިރެކްޓަރުގެ ސޮއި ކޮށްފައިވަނީ އިސްތިއުނާފު ކުރާ ފަރާތުންކަމަށެވެ. މިއިން ދޭހަވަނީ އެސްޓަރސް އަށް އެކި ކުންފުނިތަކުން ދޫކޮށްފައިވާ ޗެކްތައް އިސްތިއުނާފު ކުރާ ފަރާތުގެ އަތަށް ލިބިފައިވާކަމާއި އެއަށްފަހު އެ ޗެކްތަކުގައި "pls deposit to" މިފަދައިން ލިޔުމަށްފަހު ފައިސާ ޖަމާކުރަންވީ އެކައުންޓް ނަންބަރު ލިޔެފައިވަނީ އިސްތިއުނާފު ކުރާ ފަރާތުންކަން އަދި އެފަދައިން ޖަމާކުރުމަށްޓަކައި ޗެކުގެ ނުފުށުގައި އެސްޓަރސްގެ މެނޭޖިންގ ޑިރެކްޓަރުގެ ސޮއި ކޮށްފައިވަނީ އިސްތިއުނާފު ކުރާ ފަރާތްކަމަށެވެ. އިސްތިއުނާފު ކުރާ ފަރާތުން ބުނާ ފަދައިން އިސްތިއުނާފު ކުރާ ފަރާތާއި ހަމައަށް ވާޞިލުނުވާ ޗެކްތަކެއްނަމަ، އެޗެކްތައް ޖަމާކުރަންވީ އިސްތިއުނާފު ކުރާ ފަރާތުގެ އެކައުންޓަށްކަމަށް އިސްތިއުނާފުކުރާ ފަރާތުގެ އަމިއްލަ އަތުލިޔުމުން ލިޔުމުގެ ފުރުޞަތު ލިބޭނެކަމީ ސަބަބުވެރި އިންސާނެއްގެ ވިސްނުމުން ވިސްނާއިރު ޤަބޫލުކުރެވޭނެ ކަމެއްނޫންކަމަށެވެ.
39ފައިސާގެ ވެރިފަރާތަކީ އެސްޓަރސް ކަމަށާއި ކުންފުނިތަކުން ފައިސާ ދޫކޮށްފައިވަނީ އެސްޓަރސް އަށް ކަމަށާއި، ޗެކްގެ ނުފުށުގައި ފައިސާ ޖަމާކުރަންވީ އެކައުންޓްކަމަށް ބަޔާން ކޮށްފައިވަނީ އިސްތިއުނާފު ކުރާ ފަރާތުގެ އެކައުންޓް ކަމަށާއި އޭގެ ނަތީޖާއެއްގެ ގޮތުން ފައިސާ ޖަމާކޮށްފައި މިވަނީ އިސްތިއުނާފު ކުރާ ފަރާތުގެ އެކައުންޓަށް ކަމަށެވެ. އިސްތިއުނާފުކުރާ ފަރާތުން ފާހަގަކޮށްފައިވާ ހަތަރު ވަނަ ނުކުތާގެ ޖަވާބުގައި ދައުލަތުން ބުނެފައިވަނީ؛
40ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 10 ވަނަ މާއްދާގެ (ރ) އަކީ ދިފާޢުތަކުގެ ފައިދާ ލިބުމާއި ގުޅޭގޮތުން އޮތް މާއްދާއެއްކަން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު: 2021/HC-A/41 ޤަޟިއްޔާގެ 8 ވަނަ ނުކުތާއިން އެނގޭ ކަމަށާއި، އަދި މިފަދައިން މި މާއްދާ މާނަކުރުމުން ކުށް ސާބިތުވެގެން އަދަބު ކަނޑައަޅާ ޙާލަތުގައި ލުއި ލިބޭނެގޮތް އެ ޤަޟިއްޔާގެ 9 ވަނަ ނަންބަރުން އެނގެން އޮންނަ ކަމަށެވެ. އޭގެއިތުރުން ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ ކޮމެންޓްރީގެ ޞަފްޙާ 10 އަދި 11 ގައި ޤާނޫނުލްޢުޤޫބާތުގެ 10 ވަނަ މާއްދާގެ (ރ) އާއި ގުޅިގެން ބަޔާން ކޮށްފައިވާ ކަންކަމަށް ބަލާއިރުގައި އެ ތަފުޞީލުތަކުން އެނގެނީ ޤާނޫނުލްއުޤޫބާތުގެ ދަށުން ދަޢުވާ ކުރެވޭނީ އެ ޤާނޫނަށް ޢަމަލު ކުރަން ފެށުމުގެ ފަހުގެ މައްސަލަތަކުގައި ކަމަށެވެ. އެއީ 16 ޖުލައި 2015 ކަމަށާއި އެހެންކަމުން، މި ޤާނޫނުގައި ބަޔާންކުރާ އުޞޫލު ހިނގާނީ ޤާނޫނަށް ޢަމަލުކުރަން ފެށުމަށްފަހު ހިނގާ ހާދިޘާތަކުގައިކަންވެސް ސާފުކޮށް އެނގޭކަމަށެވެ.
41ޤާނޫނުލްއުޤޫބާތަށް ޢަމަލުކުރަން ފެށުމުގެ ކުރިން ހިނގާފައިވާ ހާދިސާތަކަށް މި ޤާނޫނުގެ 10 ވަނަ މާއްދާގެ (ރ) އިން ލިބޭ ލުޔަކީ އަދަބު ކަނޑައަޅާ ޙާލަތުގައި އަދަބަށް ލުޔެއް ދީފައިވާނަމަ އެކަމުގެ މަންފާ ލިބުން ކަމަށާއި މިއީ ޤާނޫނު އަސާސީގެ 59 ވަނަ މާއްދާގެ (ހ) ގައި ބަޔާން ކޮށްފައިވާ މަފްހޫމެއް ކަމަށާއި މި ލުއި މި މައްސަލައިގައި މުޙައްމަދު ސިނާނަށް ލިބިދީފައިވާކަން މި މައްސަލައިގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ ނަންބަރު 21.2 އަދި 21.3 އިން ސާފުކޮށް އެނގޭ ކަމަށެވެ. އިސްތިއުނާފު ރައްދުވާ ފަރާތުން އެދޭގޮތް:
42މި މައްސަލައިގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން އެދުނީ ކްރިމިނަލް ކޯޓުގެ ނަންބަރު 384/Cr-C/2013 ޤަޝިއްޔާ ނިންމަވާފައިވަނީ ޤާނޫނީ އުޞޫލުތަކާއި އެއްގޮތަށް ކަމަށް ކަނޑައަޅައި، މި ޤަޟިއްޔާގެ ޙުކުމް ބާޠިލުކުރާނެ ތަނެއް ނެތްކަމަށް ކަނޑައަޅައިދިނުމަށެވެ. ޝަރީޢަތަށް ފާހަގަކުރެވުނު ކަންކަން:
43ކްރިމިނަލް ކޯޓުގެ ނަންބަރު 384/Cr-C/2013 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށާއި އެ މައްސަލަ އިސްތިއުނާފުކުރުމަށް މުޙައްމަދު ސިނާނުގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކަށާއި އެ ނުކުތާތަކާ ގުޅިގެން ދެފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި މައްސަލައާ ގުޅުންހުރި އެންމެހައި ލިޔުންތަކަށް ބަލާއިރު އަންނަނިވި ކަންތައްތައް ޝަރީޢަތަށް ފާހަގަކުރެވެއެވެ. އަދަބުގެ މިންވަރު ކަނޑައެޅުމުގައި ދަށު ކޯޓަށް ގޯހެއް ހެދިފައިވާކަން ފާހަގަކުރެވުން:
44HN8މި މައްސަލައިގެ އަޑުއެހުންތައް ނިމި، މައްސަލައިގެ ޝަރީޢަތް ނިމުނުގޮތް ލިޔުމުގެ ބޭނުމަށް މި މައްސަލަ ޝަރީޢަތުން ދިރާސާކުރަމުންދިޔަ ދިޔުމުގައި، މި މައްސަލައިގައި ދަށު ކޯޓުން ކަނޑައަޅާފައިވާ އަދަބަކީ ރަނގަޅު އަދަބެއް ނޫންކަން ޝަރީޢަތަށް ފާހަގަކުރެވުނެވެ.
45އެގޮތުން، މި މައްސަލައިގައި ދަށު ކޯޓުން އަދަބުގެ މިންވަރު ކަނޑައަޅާފައިވަނީ، މި ރިޕޯޓުގެ 120 ވަނަ ނުކުތާގައި ފާހަގަކޮށްފައިވާ ގޮތަށް، ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 1001 ވަނަ މާއްދާގެ (ރ) އަށް ރިޢާޔަތްކޮށް، އަދަބު ކަނޑައެޅުމުގެ އަސާސީ މިންގަނޑުން 3 (ތިނެއް) ދަރަޖަ މަތިކޮށް އަދި 1101 ވަނަ މާއްދާއަށް ރިޢާޔަތްކޮށް އަސާސީ މިންގަނޑުން 1 (އެކެއް) ދަރަޖަ މަތިކޮށް، އެ ޤާނޫނުގެ 1003 ވަނަ މާއްދާގެ (ށ) އަދި (ނ) އަށް ރިޢާޔަތްކޮށް، އަސާސީ މިންގަނޑުން 2 (ދޭއް) ދަރަޖަ ދަށްކުރުމަށް ކަނޑައަޅައި އެގޮތުގެ މަތިން، 5 (ފަހެއް) އަހަރާ 7 (ހަތެއް) މަހާއި، 6 (ހައެއް) ދުވަހަށް ޖަލަށް ލުމަށެވެ. ޖަލު އަދަބު، ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 1005 ވަނަ މާއްދާއާއި 1202 އަށް ރިޢާޔަތްކޮށް ޖޫރިމަނާގެ އަދަބަށް ބަދަލުކޮށްފައިވެއެވެ. އެއީ، -840000ރ. (އަށް ލައްކަ ސާޅީސްހާސް ރުފިޔާ) އެވެ.
46ނަމަވެސް، ޖިނާޔަތުގެ 3 ވަނަ ދަރަޖައިގެ ކުށެއްގެ އަދަބު ކަނޑައެޅުމުގެ އަސާސީ މިންގަނޑުން 4 ދަރަޖަ މަތިކޮށް، އަދި 2 ދަރަޖަ ދައްކުރުމުން ކަނޑައެޅޭނެ އަދަބަކީ، އަސާސީ އަދަބުގެ ދަރަޖައަށްވުރެ 2 ދަރަޖަ މަތީ އަދަބެކެވެ. ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 1002 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އަދަބުގެ މިންވަރު ބަޔާންކޮށްދޭ ތާވަލަށް ރިޢާޔަތްކުރުމުން އެ ޙާލަތުގައި ކަނޑައެޅޭނެ އަދަބަކީ، 4 (ހަތަރެއް) އަހަރާއި، 9 (ނުވައެއް) މަހާއި، 18 (އަށާރަ) ދުވަހުގެ އަދަބެކެވެ. އަދި އެ އަބަދު ޤާނޫނުލްޢުޤޫބާތުގެ 1005 ވަނަ މާއްދާއާއި 1202 އަށް ރިޢާޔަތްކޮށް މުޙައްމަދު ސިނާންއަށް ލިބޭ އެއް އަހަރު ދުވަހުގެ އާމްދަނީ އަށް ބަލައިގެން ޖޫރިމަނާގެ އަދަބަށް ބަދަލުކުރުމުން، ކަނޑައެޅޭ ޖޫރިމަނާގެ އަދަދަކީ، -720,000ރ. (ހަތްލައްކަ ވިހިހާސް) ރުފިޔާއެވެ. ކަނޑައެޅޭ އެންމެ ބޮޑު އަދަބު އަދަބު ކަނޑައެޅުމުގެ އަސާސީ މިންގަނޑު 15 މިއީ، ކްރިމިނަލް ކޯޓުގެ ނަންބަރު 384/Cr-C/2013 ޤަޝިއްޔާގައި ބަޔާންކޮށްފައިވާ އަދަބުގެ މިންވަރެވެ. 16 މިއީ، ކްރިމިނަލް ކޯޓުގެ ނަންބަރު 384/Cr-C/2013 ޤަޝިއްޔާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އަދަބު ކަނޑައެޅުމުން އަންނަ އަދަބުގެ މިންވަރެވެ.
47މިނުކުތާގެ މައްޗަށް މައްސަލައިގެ ޚަޞްމުން ދެކޭގޮތް ބެލުމަށްޓަކައި، މި މައްސަލައިގެ އިތުރު އަޑުއެހުމެއް ޝަރީޢަތުން ތާވަލުކޮށް، އިސްތިއުނާފުކުރާ މުޙައްމަދު ސިނާނުއާއި އަދި އިސްތިއުނާފު ރައްދުވާ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފުރުޞަތު ދެވުނެވެ. މި އަޑުއެހުމުގައި، ދަށު ކޯޓުން މި މައްސަލައިގައި ކަނޑައަޅާފައިވާ އަދަބަކީ ރަނގަޅު އަދަބެއް ނޫންކަމަށް ދައުލަތުންވެސް ފާހަގަކޮށް، މުޙައްމަދު ސިނާނުގެ މައްޗަށް ކަނޑައެޅޭނެ އަދަބަކީ، އިސްވެ ފާހަގަކުރެވުނު 46 ވަނަ ނުކުތާގައި ފާހަގަކޮށްފައިވާ އަދަބުކަމަށް ދައުލަތުންވެސް އެއްބަސްވެފައިވެއެވެ. އިސްތިއުނާފީ މަރުޙަލާގައި އައު ހެކި ހުށަހެޅުން:
48މި މައްސަލައިގެ ޝަރީޢަތުގެ އަޑުއެހުން ނިމުނު ފަހުން، ކުރިން އިސްވެ ފަހާގަކުރި ގޮތުގެ މަތިން ބޭއްވުނު އަޑުއެހުން ފެށުމުގެ ކުރިން އިސްތިއުނާފުކުރާ މުޙައްމަދު ސިނާނުގެ ފަރާތުން، މި މައްސަލައިގައި އައު ހެކި ހުށަހަޅަން ބޭނުންވާ ކަމަށް ބުނެ ކޯޓަށް ސިޓީއެއް ފޮނުވާފައިވެއެވެ. އެ ސިޓީގައި މުޙައްމަދު ސިނާނުގެ ފަރާތުން ހުށަހަޅަން ބޭނުންވާ ހެއްކާގުޅޭގޮތުން ޝަރީޢަތުގައި ވާހަކަ ދެއްކުމުގެ ފުރުޞަތު މައްސަލައިގެ ޚަޞްމުންނަށް ޝަރީޢަތުން ދީފައިވެއެވެ.
49HN9މުޙައްމަދު ސިނާނުގެ ފަރާތުން ހުށަހެޅި ހެއްކާއި ގުޅިގެން، ދައުލަތުން ފާހަގަކޮށްފައިވަނީ، އިސްތިއުނާފުކުރާ ފަރާތުން އައު ހެކީގެ ގޮތުގައި ޝަރީޢަތަށް ހުށަހަޅަން ބޭނުންވާ ހެކީގެ ގޮތުގައި ފާހަގަކުރި ހެއްކަކީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އާމިނަތު ނާޒްލީ ވ. ސީގޭޓް ދަ އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާގައ އައުހެކި ބަލައިގަތުމާގުޅޭ ގޮތުން ބަޔާންކޮށްފައިވާ އުޞޫލުތަކަށް ފެތޭ ހެއްކެއް ކަމުގައި ނުވާތީ އެ ހެކި ބަލައިގަންނަންޖެހޭ ސަބަބެއް ނެތްކަމަށެވެ. މިއީ، 2024 ޖުލައި 24 ވަނަ ދުވަހު ހައިކޯޓުގައި ބޭއްވުނު އަޑުއެހުމެކެވެ. މިއީ، 2024 ޖުލައި 24 ވަނަ ދުވަހު އިސްތިއުންފުކުރާ މުޙައްމަދު ސިނާނުގެ ފަރާތުން ހުށަހެޅި ސިޓީއެކެވެ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2013/SC-A/20 ޤަޞިއްޔާ
50އިސްތިއުނާފުކުރާ މުޙައްމަދު ސިނާންގެ ފަރާތުން އައު ހެކީގެ ގޮތުގައި ހުށަހަޅަން ބޭނުންވާ ހެކީގެ ގޮތުގައި ފާހަގަކުރި، ހެކި ޝަރީޢަތުން ބަލައިގަންނަން ނިންމައިފިނަމަ، އެ ހެއްކާ ގުޅޭގޮތުން އިތުރަށް ވާހަކަ ދެއްކުމުގެ ފުރުޞަތު މައްސަލައިގެ ޚަޞްމުންނަށް އެރުވޭނެ ކަމަށް ޝަރީޢަތުން ފާހަގަކޮށް އެ އަޑުއެހުން ނިންމާލައިފައިވެއެވެ.
51މުޙައްމަދު ސިނާންގެ ފަރާތުން އައު ހެކީގެ ގޮތުގައި ޝަރީޢަތަށް ހުށަހެޅި ހެކި، ޝަރީޢަތަށް ބަލައިގަތުމާ މެދު މައްސަލައިގައި ބައިވެރިވެ ވަޑައިގަންނަވާ ފަނޑިޔާރުންނަށް ޢިއްތިފާޤުވެވުނީ، އިސްތިއުނާފީ މަރުޙަލާގައި އައު ހެކި ބަލައިގަތުމާ ގުޅޭގޮތުން، އިސްވެ ފާހަގަކުރެވުނު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އާމިނަތު ނާޒްލީ ވ. ސީގޭޓް ދަ އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާގައ އިސްތިއުނާފީ މަރުޙަލާގައި އައު ހެކީގެ ގޮތުގައި ހުށަހެޅޭ ހެކީގައި ފުރިހަމަވާންޖެހޭ އުންސުރުތަކުގެ ތެރެއިން، ”އެފަދަ ހެއްކަކީ ނުވަތަ ހުށަހެޅުމަކީ އޭގެ ސަބަބުން މައްސަލައިގެ ޙުކުމަށް ބަދަލު ނައިނަމަވެސް، އޭގެ ސަބަބުން އެ މައްސަލައިގެ މައުޝޫއަށް އެކަށީގެންވާ ފަދަ ނުފޫޒެއް ފޯރާފަދަ ހެއްކަކަށް ނުވަތަ ހުށަހެޅުމަކަށްވުން.“ ކަމަށް ބަޔާންކޮށްފައި އޮންނަ އުންސުރު މުޙައްމަދު ސިނާންގެ ފަރާތުން ހުށަހެޅި އައު ހެކީގައި ފުރިހަމަވާކަމަށް ބުރަވެވެން ނެތަތީ، މުޙައްމަދު ސިނާނުގެ ފަރާތުން ހުށަހެޅި އައުހެކި ބަލައިގަންނަންޖެހޭ ސަބަބެއް ނެތްކަމަށެވެ. އިސްތިއުނާފީ ފުރަތަމަ ނުކުތާއާގުޅޭ:
52އިސްތިއުނާފީ ފުރަތަމަ ނުކުތާގައި މުޙައްމަދު ސިނާނުގެ ފަރާތުން ފާހަގަކޮށްފައިވަނީ، ދަށުކޯޓުން އޭނާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅާފައިވަނީ، ދިވެހިރާއްޖޭގެ ޖުމުހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބަޔާންކުރާ އުޞޫލާ ޚިލާފަށް ކަމުގައެވެ. ދިވެހިރާއްޖޭގެ ޖުމުހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބަޔާންކުރަނީ؛ " އެ މީހަކު ކުށެއްކޮށްފިކަން، އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި، ޝަރީޢަތުގައި ސާބިތުނުކުރެވޭ ނަމަ އެ މީހަކީ ކުށެއް ނެތް މީހަކު ކަމުގައި ބެލުމުގެ ޙައްޤު ލިބިގެންވެއެވެ."
53HN1މި މާއްދާގައި ބަޔާންކުރަނީ މީހެއްގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުކުރުމުގެ މިންގަނޑެވެ. ޖިނާއީ ކުށެއް މީހެއްގެ މައްޗަށް ސާބިތުކުރުމުގައި ބޭނުން ކުރަންޖެހޭ މިންގަނޑަކީ، ދިވެހިރާއްޖޭގެ ޖުމުހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބަޔާންކުރާ ފަދައިން އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި އެކުށް އެމީހަކު ކުރިކަން ސާބިތުކުރުމެވެ. މި މިންގަނޑަށް ކުށް ސާބިތުކުރުމުގައި ހުށަހެޅިފައިވާ ހެކިތައް ގުޅޭ ގޮތާއި، އެއް ހެކި އަނެއް ހެއްކަށް ބާރުވެރިކަންދޭ ގޮތާއި (corrobrate)، އެހެކިތައް އުފުލާފައިވާ ދަޢުވާއާގުޅޭ ގޮތް އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ޝަރީޢަތަށް ސާބިތުކޮށްދިނުމަކީ ދަޢުވާކުރާ ފަރާތުގެ ޒިންމާއެވެ. އެފަދައިން ދަޢުވާކުރާ ފަރާތަށް ކަން ނުކުރެވިއްޖެނަމަ، ނުވަތަ ކުށުގެ ތުހުމަތުގައިވާ މީހާގެ ފަރާތުން ހުށަހެޅިފައިވާ ހެއްކާ ގުޅޭގޮތުން ހުރި އުނިކަންތައް ފާހަގަކޮށް، އޭނާ އެ ކުށްކުރިކަމާމެދު އެކަށީގެންވާ ޝައްކެއް އުފެދިއްޖެނަމަ، އެމީހެއްގެ މައްޗަށް އުފުލިފައިވާ ދަޢުވާ ސާބިތެއް ނުވާނެއެވެ.
54މި މައްސަލައިގައި ޝައްކު އުފެދިފައިވާ ކަމަށް ފާހަގަކޮށް މައިގަނޑު ގޮތެއްގައި މި ނުކުތާގައި އިސްތިއުނާފުކުރާ ފަރާތުން ސުވާލު އުފައްދާފައިވަނީ ދަޢުވާގައި ހިމެނޭ ފައިސާގެ ޢަދަދާ ގުޅޭގޮތުންނެވެ. އަދި މީގެ އިތުރުން ހެކިން ހެކިބަހާ ގުޅޭ ގޮތުން މި ނުކުތާގައި ފާހަގަކުރިއެވެ. ހެކިންގެ ހެކިބަހާ ގުޅިގެން ފާހަގަކުރި ނުކުތާ:
55ދަޢުވާ ސާބިތުކުރަން ދައުލަތުން ހުށަހެޅި ޝަފަހީ ހެކިންގެ ހެކިބަހާ ގުޅޭގޮތުން ސުވާލު އުފައްދައި އިސްތިއުނާފުކުރާ ފަރާތުން މި ނުކުތާގައި މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވަނީ، ދައުލަތުން ހުށަހެޅި ހެކިންގެ ހެކިބަހުން، މުޙައްމަދު ސިނާނު އެއްވެސް މީހެއްގެ އަތަށް ޗެކު ދިނުމަށްފަހު މުޙައްމަދު ސިނާނުގެ އެކައުންޓަށް ފައިސާ ޖަމާކުރަން ދިންކަން އެނގެން ނެތްކަމުގައެވެ.
56އެގޮތުން، އެއްވެސް ޗެކެއް ޖަމާކުރުމަށް ސީދާ މުޙައްމަދު ސިނާނު އޭނާގެ އަތަށް ދީފައި ނުވާކަމަށް ދައުލަތުން ހުށަހެޅި ހެއްކެއްކަމަށްވާ ބަންގްލަދޭޝްގެ ރައްޔިތެއްކަމުގައިވާ ނަޒުމުލް ޙުސައިންގެ ހެކިބަހުގައި ބުނެފައިވާ ކަމަށެވެ. އަދި މާލެ، މުޙައްމަދު ނާޖިމުގެ ހެކިބަހަށް ބަލާއިރު މުޙައްމަދު ސިނާނުގެ ފަރާތުން އެއްވެސް ޗެކެއްގައި ލިޔެގެން މުޙައްމަދު ސިނާނުގެ އެކައުންޓަށް ޖަމާކުރިކަމަށް ބުނެފައިނުވާ ކަމަށާއި އަދި މުޙައްމަދު ސިނާނުއާ ޙަވާލުކުރާ އެއްވެސް ޗެކެއް އަމިއްލަ އެކައުންޓަށް ޖަމާކުރަން ފޮނުވިކަމަށް ނުވަތަ އަދި އެފަދަ ޢަމަލެއް މުޙައްމަދު ސިނާނުގެ ފަރާތުން ހިންގާފައިވާކަމަށް ބުނެފައިނުވާކަމަށެވެ.
57މި މައްސަލައިގައި މުޙައްމަދު ސިނާނުގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ، ދިހަހާސް ރުފިޔާއަށްވުރެ ގިނަ ޢަދަދެއްގެ ފައިސާއަށް ޚިޔާނާތްތެރިވުމުގެ ކުށުގެ ދަޢުވާއެވެ. މި ދަޢުވާ ކޮށްފައިވަނީ މުޙައްމަދު ސިނާން، 21 ޖުލައި 2009 އާއި 19 ޖޫން 2012 އާ ދެމެދުގެ މުއްދަތުގައި، އެސްޓަރސް ޕްރައިވެޓް ލިމިޓެޑް(މީގެ ފަހުން "އެސްޓަރސް" ކަމަށް މުޚާޠަބުކުރެވޭ) ގެ އެކައުންޓް ރިސީވަބަލް މެނޭޖަރެއްގެ ވަޒީފާގައި އުޅުނުއިރު، އެސްޓަރސްއަށް އެކިފަރާތްތަކުން ދައްކަންޖެހޭ ފައިސާގެ ތެރެއިން، ޖުމްލަ 5,79,050/16ރ. (ފަސްލައްކަ ހަތްދިހަނުވަހާސް ފަންސާސްރުފިޔާ،ސޯޅަލާރި) ނެގޭ ގޮތަށް އެފަރާތްތަކުން ދޫކޮށްފައިވާ ޗެކްތަކެއްގައި، އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ. ކ.މާލެ، […] / އިބްރާހީމް ކަލީމްގެ ސޮއި ފޯޖުކޮށް، އެ ޗެކްތައް އެންޑޯޒް ކުރުމަށްފަހު، އެ ޗެކްތައް މުޙައްމަދު ސިނާނުގެ އެކައުންޓަށް ޖަމާކޮށް، އެ ފައިސާއަށް ޚިޔާނާތްތެރިވެފައިވާ ކަމަށް ބަޔާންކޮށެވެ
58ދަޢުވާ އުފުލާފައިވަނީ ކުރީގެ ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު، ޤާނޫނު ނަންބަރު 10/68 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ ޗެޕްޓަރ 4 ގެ 131 ވަނަ މާއްދާގެ (ހ) އާއި 132 ވަނަ މާއްދާގެ ދަށުންނެވެ.
59ދަޢުވާއަށް މުޙައްމަދު ސިނާނު އިންކާރުކޮށްފައިވެއެވެ. މުޙައްމަދު ސިނާނުގެ މައްޗަށް މިދަޢުވާ ދިވެހިރާއްޖޭގެ ޖުމުހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބަޔާންކުރާ މިންގަނޑަށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ކަނޑައަޅާފައިވަނީ، ދައުލަތުން ހުށަހެޅި ހެކި ޤަރީނާއަށް ރިޢާޔަތްކޮށެވެ.
60އެގޮތުން، ދަޢުވާ ސާބިތުވާ ކަމަށް ކަނޑައެޅުމުގައި ހެކި ޤަރީނާއަށް ޝަރީޢަތުން ރިޢާޔަތްކުރި ގޮތަށް ބަލާއިރު ފާހަގަކޮށްފަނީ މައިގަނޑު އަންނަނިވި ކަންކަމެވެ.
61ދައުލަތުން ހުށަހެޅި ހެކިންގެ ތެރެއިން، މުޙައްމަދު ނާޡިމް އާއި ނަޒްމުލް ޙުސައިން އާއި އިބްރާހީމް ކަލީމުގެ ހެކިބަހުން އެސްޓަރސްއަށް އެކި ފަރާތްތަކުން ދޫކުރާ ޗެކުތައް ޙަވާލުކުރަމުން ދިޔައީ މުޙައްމަދު ސިނާންއަށް ކަމަށް ބުނެފައިވާ ކަމާއި، އަދި އެސްޓަރސްއަށް ލިބުނު ކަމަށް ބުނާ ޗެކްތައް މުޙައްމަދު ސިނާންއަށް ލިބިފައިވާ ކަމަށް ޝަރީޢަތުގެ މަޖިލީހުގައި މުޙައްމަދު ސިނާން އިންކާރުކޮށްފައި ނުވާކަމަށާއި، އެހެންކަމުން އެސްޓަރސްއަށް ފައިސާ ލިބެންޖެހޭ ޗެކްތަކެއް މުޙައްމަދު ސިނާނުގެ އަތަށް ލިބިފައިވާކަން ސާބިތުވާ ކަމަށް؟
62މުޙައްމަދު ސިނާނުގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައި އޮންނަ 7704261128101(ދިވެހި ރުފިޔާ) އެކައުންޓް ސްޓޭޓްމަންޓް އަދި އެ ބޭންކުގައި މުޙައްމަދު ސިނާނުގެ ނަމުގައި ހުޅުވާފައި އޮންނަ 7703261128101 (ޔޫ.އެސް.ޑޮލަރު) އެކައުންޓް ސްޓޭޓްމަންޓާއި މުޙައްމަދު ސިނާނުގެ ނަމުގައި މޯލްޑިވްސް އިސްލާމިކް ބޭންކުގައި ހުޅުވާފައިވާ އޮންނަ 99010310003962100 (ދިވެހި ރުފިޔާ) އެކައުންޓް ސްޓޭޓްމަންޓަށް ބެލުމުން އެސްޓަރސް އަށް ލިބެންޖެހޭ ޗެކްތަކެއް މުޙައްމަދު ސިނާނުގެ އެކައުންޓްތަކަށް ޖަމާވެފައިވާކަން އެނގެން އޮންނަކަމަށް؛ މުޙައްމަދު ސިނާނުވެސް އޭނާގެ އެކައުންޓަށް އެސްޓަރސް އަށް ލިބެންޖެހޭ ފައިސާ ޖަމާވެފައިވާ ކަމަށް ޝަރީޢަތުގެ މަޖިލީހުގައި އެއްބަސްވެފައިވާ ކަމަށް
60.3 މުޙައްމަދު ސިނާނުގެ އަތުލިޔުން ސާމްޕަލް ނެގި ގޮތާމެދު ޝަރީޢަތުގެ މަޖިލީހުގައި ސުވާލު އުފައްދާފައިވާ ކަމަށާއި، އަތުލިޔުމުގެ ސާމްޕަލް އަދި ޑޮކިއުމަންޓްރީ އެގްޒަމިނޭޝަން ރިޕޯޓު ގުޅެނީ ފޯޖް ކުރުމުގެ ތުހުމަތާ ކަމަށާއި މިކަމަކީ މުޙައްމަދު ސިނާނުގެ އަމިއްލަ އެކައުންޓް ތަކަށް ފައިސާ ޖަމާވެފައިވާކަން ނަފީކުރާނެ ހުއްޖައްތެއް ނޫންކަމަށް؛25
60.4 އެހެންކަމުން، ދަޢުވާ ސާބިތުވާ ކަމަށް ކަނޑައެޅުމުގައި ދައުލަތުން ހުށަހެޅި ހެކިންގެ ހެކިބަހަށް ދަށުކޯޓުން ބުރަދަން ދީފައިވަނީ އެސްޓަރސްގެ އެކައުންޓް ރިސީވަބަލް މެނޭޖަރެއްގެ ވަޒީފާގައި މުޙައްމަދު ސިނާނު ހުރިއިރު އެސްޓަރސްއަށް ފައިސާ ލިބެންޖެހޭ ޗެކުތަކެއް، މުޙައްމަދު ސިނާނުގެ އަތަށް ލިބިފައިވާ ކަން އެ ހެކިންގެ ހެކިބަހުން އެނގެން އޮތުމުންކަން އެނގެއެވެ.
61. ދަޢުވާ ސާބިތުކުރުމަށް ދައުލަތުން ހުށަހެޅި ހެކިންގެ ހެކިބަހާމެދު ސުވާލު އުފައްދައި މިނުކުތާގައި އިސްތިއުނާފުކުރި ފަރާތުން ފާހަގަކޮށްފައިވާ ކަންކަމަށް ބަލާއިރު އިސްވެބުނެވުނު ވާޤިޢާ ނަފީކުރާނެ އަދި ޝައްކެއް އުފެދޭފަދަ ސަބަބެއް ވިޔަސް މިނުކުތާގައި އިސްތިއުނާފުކުރާފަރާތުން ފާހަގަކޮށްފައިވާ ކަމަކަށް ނުފެނެއެވެ. ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/190 ޤަޟިއްޔާއާ ޚިލާފަށް ދަށުކޯޓުން މައްސަލަ ނިންމާފައިވާކަމަށް ބުނެ ފާހަގަކުރި ނުކުތާ:
62. ކްރިމިނަލް ކޯޓުގެ ނަންބަރު: 384/Cr-C/2013 ޤަޟިއްޔާ ނިންމާފައިވަނީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/190 ޤަޟިއްޔާއާ ޚިލާފަށް ކަމަށް ބުނެ ފާހަގަކުރި މިނުކުތާގައި އިސްތިއުނާފުކުރާ ފަރާތުން ފާހަގަކޮށްފައިވަނީ މައިގަނޑު ދެކަމެވެ. އެއީ؛
62.1 ދަޢުވާގެ ސީޢާއަށް ބަލާއިރުގައި ދަޢުވާކޮށްފައިވަނީ ޤާނޫނު ނަންބަރު 10/68 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު)ގެ ޗެޕްޓަރ 4 ގެ 131 ވަނަ މާއްދާއާއި ޙަވާލާދީ 132 ގެ ދަށު ކަމަށާއި އެއީ ކުށް ކަނޑައަޅާފައި އޮތް މާއްދާއެއް ނޫންކަން ކަމަށާއި، ޙަވާލާދެވުނު މާއްދާއަކީ އަދަބު ކަނޑައަޅާ މާއްދާއެއްކަމަށް ބުނެ ފާހަގަކުރި ކުރުމާއި؛ އަދި 25 ކްރިމިނަލް ކޯޓުގެ ނަންބަރު 384/Cr-C/2013 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގެ 28 ވަނަ ނަންބަރުގެ (ވ)
62.2 މި މައްސަލާގައި އިސްތިއުނާފުކުރާ ފަރާތުގެ މައްޗަށް ޚިޔާނާތްތެރިވުމުގެ ކުށަށް ދަޢުވާ ކޮށްފައިވާއިރު، ޤާނޫނުގައި ޚިޔާނާތް މާނަކޮށްފައިވާ ގޮތަށް ބަލާއިރު، އެ ޤާނޫނުގެ 149 ވަނަ މާއްދާގެ (ނ) ގައި ޚިޔާނާތަކީ ތިމާގެ ބެލުމުގެ ދަށުގައި ނުވަތަ ތިމާގެ ޙަވާލުގެ ދަށުގައިވާ އެއްޗެއްކަން ސާބިތުކޮށްދޭން ޖެހޭނެ ކަމަށެވެ. އެހެންނަމަވެސް މި ދަޢުވާކުރުމުގައި އަސްލަކަށް ބަލާ ޗެކުތަކަކީ އިސްތިއުނާފުކުރާ ފަރާތާ ޙަވާލުކުރެވިފައިވާ ޗެކްތަކެއް ނޫންކަމަށް ބުނެ ފާހަގަކޮށްފައިވާ ކުރުމެވެ. ދަޢުވާކޮށްފައިވަނީ އަދަބު ކަނޑައެޅިފައިވާ މާއްދާއެއްގެ ދަށުން ބުނެ ފާހަގަކުރި ނުކުތާ:
63އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވަނީ މި މައްސަލައިގައި ދަޢުވާކޮށްފައިވަނީ ކުށް ކަނޑައަޅާފައި އޮތް މާއްދާއަކުން ނޫންކަމަށާއި، ދަޢުވާކޮށްފައިވަނީ އަދަބު ކަނޑައެޅިފައިވާ މާއްދާއަކުން ކަމަށް ބުނެ އިސްތިއުނާފުކުރާ ފަރާތުން ފާހަގަކުރި ކުރުމަށް ބަލާއިރު، މި މައްސަލައިގައި ބުނާ ހާދިސާއަކީ މިހާރު ޢަމަލުކުރަމުންދާ ޤާނޫނުލްޢުޤޫބާތަށް ޢަމަލުކުރަން ފެށުމުގެ ކުރީން، 21 ޖުލައި 2009 އާއި 19 ޖޫން 2012 އާ ދެމެދު ހިނގާފައިވާ ހާދިޘާ އެކެވެ. އަދި އޭގެ އިތުރުން މިމައްސަލައިގައި ދަޢުވާ އުފުލާފައިވަނީ މިހާރު ޢަމަލު ކުރަމުންދާ ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރިންނެވެ.
64ދަޢުވާގައި ބަޔާންކުރާ ކުށުގެ ޢަމަލު ހިންގިއިރު، ޢަމަލުކުރަމުންދިޔަ ޖިނާއީ ކުށް ކަނޑައަޅާފައިވާ ޤާނޫނުތަކަށް ބަލާއިރު، ބައެއް ޤާނޫނުތަކުގައި ޖިނާއީ ކުށާއި އެކުށަށް ދެވޭނެ ޢުޤޫބާތު އެއް މާއްދާއެއްގައި ކަނޑައަޅާފައިވެއެވެ. ބައެއް ޤާނޫނުތަކުގައި ޖިނާއީ ކުށް އެއް މާއްދާއެއްގައި ކަނޑައެޅުމަށްފަހު އެހެން މާއްދާއެއްގައި އެކުށަށް ދެވޭނޭ ޢުޤޫބާތު ކަނޑައަޅާފައިވެއެވެ. އަދި އަނެއްބައި ޤާނޫނުތަކުގައި ހަމައެކަނި ޖިނާއީ ކުށަށް ދެވޭނޭ ޢުޤޫބާތު ބަޔާންކޮށްފައިވެއެވެ.
65މި މައްސަލައިގައި މުޙައްމަދު ސިނާނުގެ މައްޗަށް ދިހަހާސް ރުފިޔާއަށްވުރެ ގިނަ ޢަދަދެއްގެ ފައިސާއަށް ޚިޔާނާތްތެރިވުމުގެ ކުށުގެ ދަޢުވާ އުފުލާފައިވަނީ، ޤާނޫނު ނަންބަރު 10/68 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ ޗެޕްޓަރ 4 ގެ 131 ވަނަ މާއްދާގެ (ހ) އާއި 132 ވަނަ މާއްދާގެ ދަށުންނެވެ.
66ބަޔާންކުރެވުނު މާއްދާތައް ތިރީގައި ނަކަލުކުރެވިފައި އެ ވަނީއެވެ. 131 (ހ) ވައްކަން، ޓެކުން، ޚިޔާނާތްތެރިވުމާއި، މަކަރާއި ޙީލަތް އަދި ފޭރުން މިކަންކަމުގެ އަދަބު ކަނޑައަޅާނީ އެމީހަކު އެ ކުށްކުރި ފުރަތަމަ ފަހަރު 6 މަސް ދުވަހުން ފެށިގެން 1 އަހަރަށްވުރެ ދިގުނޫން މުއްދަތަކަށް، ދެ ވަނަ ފަހަރު 2 އަހަރަށް، ތިންވަނަ ފަހަރު 3 އަހަރަށް، ހަތަރުވަނަ ފަހަރު 4 އަހަރު ދުވަހުގެ މުއްދަތަށް އަރުވާލުމަށް ނުވަތަ ޖަލަށްލުމަށެވެ. މި ގޮތުން އިތުރުވާ ކޮންމެ ފަހަރަކު 1 އަހަރު ދުވަހުގެ މުއްދަތު އަރުވާލުމަށް ނުވަތަ ޖަލަށްލުމަށް އިތުރުވާ އުޞޫލުންނެވެ. އަދި މިޤާނޫނުގެ 132،134،135،136،137،138،139،140،141،142،143،144،145،146،147،148 މި މާއްދާތަކުގެ ދަށުން ޢަމަލުކުރެވޭނެއެވެ.
132ވަގަށްނެގި ނުވަތަ ޓެކުން ނުވަތަ ޚިޔާނާތްތެރިވި ނުވަތަ މަކަރާއި ޙީލަތްހެދި ނުވަތަ ފޭރުނު މުދަލުގެ އަގު -/10,000ރ.ރުފިޔާއިން ފެށިގެން މަތީ ޢަދަދަކަށް ވެއްޖެނަމަ، ކޮންމެ-/1000 ރުފިޔާއަކަށް 1 މަސްދުވަސް އަރުވާލުން ނުވަތަ ޖަލަށްލާންޖެހޭ މުއްދަތުގެ ތެރެއިން އިތުރުކުރުން.
67ބުނެވިދިޔަ ދެ މާއްދާއަށް ބަލާއިރު އެ މާއްދާތަކުގައި، ޚިޔާނާތްތެރިވި މީހަށް ދެވޭނެ އުޤޫބާތު ބަޔާންވެގެންވެއެވެ. އަދި ޚިޔާނާތުގެ މާނަ އެޤާނޫނުގެ 149 ވަނަ މާއްދާގެ (ނ) ގައި ބަޔާންވެގެންވެއެވެ.
68HN2އިސްވެބަޔާންކުރެވުނު މާއްދާތަކުގައިވާ ފަދައިން ކުށަކަށް ދެވޭ އަދަބު ނުވަތަ ޢުޤޫބާތު ބަޔާންކޮށްފައި އޮތުމަކީ، އެކަމަކީ ކުށެއްކަމަށް ނުވަތަ މަނާކޮށްފައިވާ ކަމެއްކަމަށް މާނަކުރެވޭނޭކަމެއްކަމަށް، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/190 ޢާޞިމާ އަޙްމަދު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ޤަޟިއްޔާގައި ބަޔާންކުރެއެވެ.
69ބުނުވުނު ޤަޟިއްޔާއަކީ، (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު)ގެ ޗެޕްޓަރ 4 ގެ 131 ވަނަ މާއްދާގެ
(ހ) އާއި 143 ވަނަ މާއްދާގެ ދަށުން ދަޢުވާ އުފުލިގެން ބެލުނު މައްސަލައެއްގެ އިސްތިއުނާފެކެވެ. އެޤަޟިއްޔާގައި "ކުށަކަށް ދެވޭ އަދަބު ނުވަތަ ޢުޤޫބާތު ބަޔާންކޮށްފައިވުމަކީ، އެކަމަކީ، ކުށެއްކަމަށް ނުވަތަ މަނާކޮށްފައިވާ ކަމެއްކަމަށް މާނަކުރެވޭނޭކަމެއްކަން އިސްލާމީ ފިޤްހީ އުސޫލުތަކަށް ބެލުމުން އެނގެން އޮންނަކަމާއި މިގޮތުން ބަލާއިރު، ދިވެހިރާއްޖޭގެ ޤާނޫނުލް ޢުޤޫބާތުގެ 131 ވަނަ މާއްދާގެ
(ހ) އާއި 143 ވަނަ މާއްދާގައި ޚިޔާނާތްތެރިވުމުން ދެވޭނޭ ޢުޤޫބާތު ބަޔާންކުރުމަށްފަހު އެޤާނޫނުގެ 149 ވަނަ މާއްދާގައި ޚިޔާނާތް މާނަކޮށްދީފައި އޮތުމުން ޚިޔާނާތްތެރިވުމަކީ ދިވެހިރާއްޖޭގެ ޤާނޫނުލް އުޤޫބާތުން ތަޖްރީމް) criminalise) ކޮށްފައިވާ ކަމެއްކަން ސާފުކޮށް އެނގޭކަމާއި" މިފަދައިން ޝަރީޢަތުން ފާހަގަކޮށްފައިވެއެވެ.
70އެހެންކަމުން، އިސްތިއުނާފުކުރާ މުޙައްމަދު ސިނާނުގެ މައްޗަށް ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ ޗެޕްޓަރ 4 ގެ 131 ވަނަ މާއްދާގެ (ހ) އާއި 132 ވަނަ މާއްދާގެ ދަށުން ކުރި ދަޢުވާއަކީ، ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ ޗެޕްޓަރ 4 ގައި ތަޖުރީމްކުރެވިފައިވާ ކުށަކާއި ގުޅިގެން އުފުލާފައިވާ ދަޢުވާއެއްކަން އެނގެއެވެ.
71އަދި މިނުކުތާގައި މި މައްސަލައިގައި ދަޢުވާކުރެވިފައިވާ ގޮތް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/190 ޢާޞިމާ އަޙްމަދު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ޤަޟިއްޔް ޚިލާފުވާކަމަށް ބުނެފައިވާއިރު، ޚިލާފުވާގޮތެއް އިސްތިއުނާފުކުރާ ފަރާތަށް ބުނެދެވިފައި ނުވެއެވެ. މި ދަޢުވާގައި ތިމާގެ ބެލުމުގެ ދަށުގައި ނުވަތަ ތިމާގެ ޙަވާލުގެ ދަށުގައިވާ އެއްޗެއްކަން ސާބިތުކޮށްދޭން ޖެހޭނެ ކަމަށް ބުނެ ފާހަގަކުރި ނުކުތާ:
72މި ނުކުތާގައި އިސްތިއުނާފުކުރި ފަރާތުން ފާހަގަކޮށްފައިވަނީ، މި މައްސަލައިގައި އިސްތިއުނާފުކުރާ ފަރާތުގެ މައްޗަށް ދަޢުވާކޮށްފައިވަނީ، ޚިޔާނާތުގެ ކުށުގައި ކަމަށާއި، ޚިޔާނާތުގެ މާނަ ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 28 ޗެޕްޓަރ 4 ގެ 149 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާއިރު، ޚިޔާނާތަކީ ތިމާގެ ބެލުމުގެ ދަށުގައި ނުވަތަ ތިމާގެ ޙަވާލުގެ ދަށުގައިވާ އެއްޗެއްކަން ސާބިތުކޮށްދޭން ޖެހޭނެ ކަމަށާއި މި މައްސަލައިގައި ދަޢުވާކުރުމުގައި އަޞްލަކަށް ބަލާފައިވާ ޗެކުތަކަކީ އިސްތިއުނާފުކުރާ ފަރާތާ ޙަވާލުކުރެވިފައިވާ ޗެކްތަކެއް ނޫންކަމަށެވެ.
73ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ ޗެޕްޓަރ 4 ގެ 149 ވަނަ މާއްދާގެ (ނ) ގައި ޚިޔާނާތުގެ މާނަ ބަޔާންކޮށްފައިވަނީ އަންނަނިވި ފަދައިންނެވެ. 149 (ނ) ޚިޔާނާތަކީ، ތިމާގެ ބެލުމުގެ ދަށުގައި ނުވަތަ ތިމާގެ ހަވާލުގައިވާ އެހެން ފަރާތެއްގެ އެއްޗެއް ނުބައި ނިޔަތެއްގައި އޭގެ ވެރިފަރާތުގެ އިޒުނަޔާ ނުލައި ބޭނުންކުރުން ނުވަތަ އެއެއްޗަކަށް ބަދަލު ގެނައުން ނުވަތަ ނައްތާލުން ނުވަތަ އެފަރާތުން ކަނޑައަޅާފައިވާ ގޮތާ ޚިލާފަށް ގެންގުޅުމެވެ. ޢާންމު ތަނަކުން ހޮވާ އެއްޗެއް އެފަދަ ތަކެތި ދައްކަންޖެހޭ ފަރާތަށް ނުދައްކާ ހުރުމާއި މީޓަރަށް ނާރާގޮތަށް ކަރަންޓް ބޭނުންކުރުން ފަދަ ކަންކަމަކީ ޚިޔާނާތެވެ. ކަނޑައެޅިފައިވާ ގަވާއިދު ތަކެއްގެ މަތިން ބެލެއްހެޓުމަށް މީހަކާ ހަވާލުވެފައިވާ މުދަލެއް ހަމައަށް ހުރިތޯ ބަލާއިރު އެމުދާ ހުންނަންވީ ވަރަށް ނެތިފައި، އެމުދާ ބަލަހައްޓަން ޖެހިފައިވާ ގަވާއިދާ ޚިލާފު ވެފައިވާކަން ސާބިތު ވުމާއެކު، އެމުދާ މަދުވާން ޖެހުނު ގޮތެއް ސާބިތުކޮށް ނުދެވޭނަމަ ބެލޭނީ ޚިޔާނާތްތެރިވީ ކަމުގައެވެ.
74HN3އިޝާރާތްކުރެވުނު މާއްދާގައި ބަޔާންކުރާ ޚިޔާނާތުގެ ކުށުގެ ދަޢުވާ ކުރުމުގައި ދަޢުވާ ފަރުމާ ކުރެވިފައި އޮންނަންޖެހޭ ގޮތާއި އެފަދަ ދަޢުވާއެއްގައި ސާބިތުކުރަންޖެހޭ އުންސުރުތަކާއި އަދި ދަޢުވާ ސާބިތުކުރުމުގައި ރިޢާޔަތްކުރަންޖެހޭ އުޞޫލުތައް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/190 ޢާޞިމާ އަޙްމަދު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ޤަޞިއްޔާއާއި އަދި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/518 ޢަބްދުﷲ ޒިޔާތު ވ. ޕްރޮސިކިއުޓަރ ޖެނެރަލް އޮފީސް ޤަޟިއްޔާގައެ ބަޔާންކޮށްފައިވެއެވެ.
75އެގޮތުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/190 ޢާޞިމާ އަޙްމަދު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ޤަސިއްޔާގައި ބަޔާންކޮށްފައިވަނީ، ޙަވާލާދޭ މާއްދާގައި ބުނާ ޚިޔާނާތުގެ ކުށަކީ، އެކުށުގެ ތެރޭގައި އެއްބާވަތަށްވުރެ ގިނަ ބާވަތުގެ ޢަމަލު ހިމެނޭ ކުށެއްކަމުން މީހެއްގެ މައްޗަށް ޚިޔާނާތުގެ ކުށުގެ ދަޢުވާ ކުރެވޭ ހިނދު، އެމީހެއްގެ މައްޗަށް ތުހުމަތު ކުރެވިފައިވަނީ ޚިޔާނާތުގެ މާނައިގެ ތެރޭގައި ހިމެނޭ ކޮން ޢަމަލެއް ކުރުންކަން ސާފުކޮށް އެނގެން ޖެހޭނެކަމަށެވެ.
76ޚިޔާނާތުގެ ކުށުގެ ޢަމަލު ހިންގިދާނެ ތަފާތު ގޮތްތަކެއް 149 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ކަން ފާހަގަކޮށް، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/518 ޢަބްދުﷲ ޒިޔާތު ވ. ޕްރޮސިކިއުޓަރ ޖެނެރަލް އޮފީސް ޤަޟިއްޔާގައި ހަތް ގޮތެއް ފާހަގަކޮށް އެއިން ކޮންމެ ގޮތަކަށް ވެސް ޚިޔާނާތުގެ ކުށުގެ ޢަމަލު ހިންގިދާނެކަމަށް އެޤަސިއްޔާގައި ފާހަގަކޮށްފައިވެއެވެ.
77ޚިޔާނާތުގެ ކުށުގެ ޢަމަލާއި ގުޅިފައިވާ ނިޔަތަކީ (mens rea) އެކަން ނުބައި ނިޔަތެއް (dishonestly) ގައި ކުރުންކަމަށާއި، ނުބައިނިޔަތަކީ ކޮބައިކަން އެ ޤާނޫނުގައި ބަޔާންކޮށްފައި ނެތްނަމަވެސް އެ އެއްޗަކާމެދު ފަރުވާކުޑަކުރުން ނުވަތަ ތިމާގެ ބެލުމުގެ ދަށުގައިވާ ނުވަތަ ޙަވާލުގައިވާ އެއްޗެއްގެ ހިސާބު ދެއްކުމަށް ނުކުޅެދުން، ދުވަހު ފޮތްތަކަށް ހިސާބު ނޭރުވުން ފައިސާއެއްނަމަ، އެ ޖަމާކުރަންޖެހޭ ތަނަކަށް ޖަމާނުކޮށް ލަސްކުރުން ވަކިބޭނުމަކަށް ބޭނުންކުރަން ހުންނަ ފައިސާ އެނޫން ކަމެއްގައި ބޭނުންކުރުން ފަދަ ކަމެއް އޮތުމާއިއެކު، އެމައްސަލައިގައި ހިމެނޭ އެހެން ހެކި ނުވަތަ ޙަޤީޤާތްތަކުން ފެންނަ ކަންކަމަށް ބަލައި ނުބައި ނިޔަތް ސާބިތު ކުރެވިދާނެކަމަށް ބަޔާންކޮށް އަދި މި މާއްދާގައި ބަޔާންކުރާ ޚިޔާނާތުގެ ކުށުގެ އުންސުރުތަކަކީ ކޮބައިކަން އިސްވެ ފާހަގަކުރި ޤަޟިއްޔާގައ ބަޔާންކޮށްފައިވެއެވެ. އެގޮތުން، އެ އުންސުރުތަކަކީ؛
1. އެއެއްޗަކީ ތިމާގެ ބެލުމުގެ ދަށުގައި ނުވަތަ ޙަވާލުގައި ހުރި އެއްޗަކަށްވުން.
2. އެއެއްޗަކީ އެހެންފަރާތެއްގެ އެއްޗަކަށްވުން.
3. ނުބައި ނިޔަތެއް އޮތުން.
4. އެއެއްޗެއްގެ ވެރިފަރާތުގެ އިޛުނަ ނެތުން.
5. އެއެއްޗެއް ބޭނުންކުރުން ނުވަތަ އެއެއްޗަކަށް ބަދަލު ގެނައުން ނުވަތަ އެއެއްޗެއް ނައްތާލުން ނުވަތަ ކަނޑައަޅާފައިވާ ގޮތާއި ޚިލާފަށް އެއެއްޗެއް ގެންގުޅުން ނުވަތަ އެއެއްޗެއް ހުންނަންވީ ވަރަށް ނެތުން؛ ކަމަށް ބަޔާންކޮށްފައިވެއެވެ.
78އިސްތިއުނާފު ކުރެވިފައިމިވާ މައްސަލައަށް ބަލާއިރު، އެސްޓަރސްގެ އެކައުންޓް ރިސީވަބަލް މެނޭޖަރެއްގެ ވަޒީފާގައި މުޙައްމަދު ސިނާނު ހުރިއިރު، އެސްޓަރސް އަށް ލިބެންޖެހޭ ޗެކުތަކެއް މުޙައްމަދު ސިނާނުގެ އަތަށް ލިބިފައިވާކަން ދައުލަތުން ހުށަހެޅި ހެކިންގެ ތެރެއިން، މުޙައްމަދު ނާޠިމް އާއި ނަޒްމުލް ޙުސައިން އާއި އިބްރާހީމް ކަލީމުގެ ހެކިބަހުން އެނގެން އޮންނަކަމަށް ޝަރީޢަތުން ކަނޑައަޅާފައިވެއެވެ.
79މުޙައްމަދު ސިނާނުގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ ނަންބަރު 7704261128101 (ދިވެހި ރުފިޔާ) އެކައުންޓާއި ނަންބަރު 7703261128101 (ޔޫ.އެސް.ޑޮލަރު) އެކައުންޓް ސްޓޭޓްމަންޓުންނާއި، އަދި މުޙައްމަދު ސިނާނުގެ ނަމުގައި މޯލްޑިވްސް އިސްލާމިކް ބޭންކުގައި ހުޅުވާފައިވާ ނަންބަރު 99010310003962100 (ދިވެހި ރުފިޔާ) އެކައުންޓް ސްޓޭޓްމަންޓްތަކުން، އެސްޓަރސްއަށް ލިބެންޖެހޭ ފައިސާ ހިމެނޭ ޗެކްތަކެއް، މުޙައްމަދު ސިނާނުގެ ބުނެވިދިޔަ އެކައުންޓްތަކަށް ޖަމާވެފައިވާކަން އެނގެން އޮންނަކަމަށް ޝަރީއަތުން ފާހަގަކޮށްފައިވެއެވެ.
80HN4އެސްޓަރސްއަށް ދޫކޮށްފައިވާ ޗެކްތަކެއްގެ ފައިސާ އިސްތިއުނާފުކުރާ މުޙައްމަދު ސިނާނުގެ ނަމުގައި ހުޅުވާފައިވާ އެކައުންޓްތަކަކަށް ޖަމާވެފައިވެއެވެ. މި ޙަޤީޤަތަށް ޚުދު މުޙައްމަދު ސިނާންގެ ފަރާތުންވެސް އިންކާރެއް ނުކުރެއެވެ. އެފައިސާ ޖަމާވި ގޮތަކާމެދު ސުވާލު އުފައްދާނަމަ އެކަން ސާބިތުކޮށްދިނުމަށް ހެކި ދެއްކުމަކީ، މުޙައްމަދު ސިނާންގެ ފަރާތުން އުފުލަންޖެހޭ ޒިންމާއެކެވެ. މުޙައްމަދު ސިނާނަކީ ޒިންމާ އުފުލާންޖެހޭ ޙާލަތުގައި ހުރި މީހެއްކަމަށްވާއިރު، ދަޢުވާއިން ދިފާޢުވުމަށް މުޙައްމަދު ސިނާނު ފަރާތުން ދިފާޢުގައި ހެއްކެއް ޤަރީނާއެއް ހުށަހަޅާފައި ނުވާކަމަށް ޝަރީޢަތުން ފާހަގަކޮށްފައިވެއެވެ.
81ބުނެވުނު ކަންކަން އެފަދައިން ހުރިއިރު، މުޙައްމަދު ސިނާނުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދަޢުވާ ސާބިތުވާ ކަމަށް ޝަރީޢަތުން ކަނޑައެޅި ކަނޑައެޅުމުގައި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/190 ޢާޞިމާ އަޙްމަދު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ޤަޟިއްޔާއާ ޚިލާފުވާގޮތެއް މިނުކުތާގައި އިސްތިއުނާފުކުރާ ފަރާތަށް ބުނެދެވިފައިވާ ކަމަކަށް ނުބެލެވެއެވެ. ދަޢުވާގައި ބަޔާންކުރާ ފައިސާގެ ޢަދަދު ތަފާތުވުން:
82މުޙައްމަދު ސިނާނުގެ މައްޗަށް ދިހަހާސް ރުފިޔާއަށްވުރެ ގިނަ ޢަދަދެއްގެ ފައިސާއަށް ޚިޔާނާތްތެރިވުމުގެ ކުށުގެ ދަޢުވާ ދައުލަތުން އުފުލާފައިވަނީ، މުޙައްމަދު ސިނާން، 21 ޖުލައި 2009 އާއި 19 ޖޫން 2012 އާ ދެމެދުގެ މުއްދަތުގައި، އެސްޓަރސްގެ އެކައުންޓް ރިސީވަބަލް މެނޭޖަރެއްގެ ވަޒީފާގައި އުޅުނުއިރު، އެސްޓަރސް ޕްރައިވެޓް ލިމިޓެޑަށް އެކި ފަރާތްތަކުން ދައްކަންޖެހޭ ފައިސާގެ ތެރެއިން ޖުމްލަ، 579050/16ރ. (ފަސްލައްކަ ހަތްދިހަނުވަހާސް ފަންސާސްރުފިޔާ،ސޯޅަލާރި) ނެގޭ ގޮތަށް އެފަރާތްތަކުން ދޫކޮށްފައިވާ ޗެކްތަކެއްގައި އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ، އިބްރާހީމް ކަލީމުގެ ސޮއި ފޯޖުކޮށް، އެ ޗެކްތައް އެންޑޯޒް ކުރުމަށްފަހު، އެ ޗެކްތައް މުޙައްމަދު ސިނާނުގެ އެކައުންޓަށް ޖަމާކޮށް، އެ ފައިސާއަށް ޚިޔާނާތްތެރިވެފައިވާ ކަމަށް ބަޔާންކޮށެވެ.
83HN6މި ދަޢުވާގައި މުޙައްމަދު ސިނާން ޚިޔާނާތްތެރިވި ކަމަށް ތުހުމަތު ކުރެވޭ ފައިސާގެ ޢަދަދު ކަމަށް ކްރިމިނަލް ކޯޓުން ކަނޑައަޅާފައިވަނީ، 578175/94ރ. (ފަސް ލައްކަ ހަތްދިހަ އަށްހާސް ސަތޭކަ ހަތްދިހަ ފަސްރުފިޔާ ނުވަދިހަ ހަތަރު ލާރި) އެވެ. މިއީ ދަޢުވާގެ ސީޣާގައި ބަޔާންކުރާ ފައިސާގެ ޢަދަދަށްވުރެ 874/22ރ. (އަށް ސަތޭކަ ހަތްދިހަ ހަތަރު ރުފިޔާ ބާވީސް ލާރި ) މަދު ޢަދަދެކެވެ. 84. ދައުލަތުގެ ދަޢުވާގައި ފައިސާގެ ޢަދަދު ބެލުމުގައި ޑޮލަރުގެ އެކްސްޗޭންޖު ރޭޓު ބަލާފައިވަނީ، 15.42ރ. (ފަނަރަ ރުފިޔާ ސާޅީސް ދެ ލާރި)ގެ ރޭޓުން ކަމަށް ދައުލަތުން ބުނެއެވެ. އިސްތިއުނާފު ކުރެވިފައިމިވާ ޤަޝިއްޔާގައި ކްރިމިނަލް ކޯޓުން، ޑޮލަރު އެކްސްޗޭންޖު ރޭޓެއްގެ ގޮތުގައި ބަލާފައިވަނީ
15.37ރ. (ފަނަރަ ރުފިޔާ ތިރީސް ހަތް ލާރި) އެވެ. އެއީ ޑޮލަރުގެ ޗެކުތައް މުޙައްމަދު ސިނާނުގެ އެކައުންޓަށް ޖަމާވެފައިވަނީ އެޕްރީލް 2012 އިން މޭ 2012 އާ ދެމެދު ކަމަށްވެފައި، 2012 ވަނަ އަހަރުގެ މޭ އަދި ޖޫން މަހުގެ ޑޮލަރު އެކްސްޗޭންޖު ރޭޓަށް ބަލާއިރު އޭރު، ޔޫ.އެސް. ޑޮލަރުގެ އެވްރެޖް އަގަކީ 15.37ރ. (ފަނަރަ ރުފިޔާ ތިރީސް ހަތް ލާރި) ކަމަށް ކްރިމިނަލް ކޯޓުގެ ރިޕޯޓުގައި ޝަރީޢަތުން ފާހަގަކޮށްފައިވެއެވެ.
85އެހެންކަމުން، ފައިސާގެ ޢަދަދާ ގުޅޭ މިތަފާތު އުފެދިފައިވަނީ ޔޫ.އެސް.ޑޮލަރު ދިވެހި ފައިސާއަށް އެކްސްޗޭންޖް ކުރުމުގެ ރޭޓު ބެލުމުގެ ތަފާތަކުންކަން އެނގޭކަމާއި، މިކަން ދަށުކޯޓުގެ ރިޕޯޓުގައިވެސް ޝަރީޢަތުން ފާހަގަކޮށްފައިވެއެވެ. މިއީ، ދައުލަތުން މިމައްސަލައިގައި އުފުލާފައިވާ ދަޢުވާ ސާބިތުވާ ޙާލަތުގައި ދަށުކޯޓުގެ ޙުކުމަށް ބަދަލެއް އަންނާނެފަދަ ތަފާތެއްކަމަށ އަހުރެންނަކަށް ނުފެނެއެވެ. ދަޢުވާ ކުރެވުނު އިރު ހެކީގެ ގޮތުގައި ހުށަހެޅިފައި ނެތް 03 (ތިނެއް) ޗެކެއްގެ ފައިސާ ހިމަނައިގެން ދަޢުވާ ސާބިތު ކޮށްފައިވުން:
86ފައިސާގެ ޢަދަދުގެ ތަފާތާ ގުޅޭގޮތުން މުޙައްމަދު ސިނާނުގެ ފަރާތުން މި އިސްތިއުނާފުގައި މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވަނީ، ދަޢުވާ ކުރެވުނު އިރު ހެކީގެ ގޮތުގައި ހުށަހެޅިފައި ނެތް 03 (ތިނެއް) ޗެކެއްގެ ފައިސާ ހިމަނައިގެން ދަޢުވާ ސާބިތު ކޮށްފައިވާކަމަށް ބުނެ ފާހަގަކޮށްފައިވާ ކުރުމެވެ.
87މުޙައްމަދު ސިނާނުގެ މައްޗަށް އުފުލާފައިވާ ދަޢުވާގެ ސީޢާގައި ބަޔާންކުރާ ފައިސާގެ ޢަދަދު ބަލާފައިވަނީ، މުޙައްމަދު ސިނާނުގެ އެކައުންޓަށް ޖަމާކޮށްފައިވާ އެސްޓަރސް އަށް ލިބެންޖެހޭ 14 ޗެކެއްގައި ހިމެނޭ ފައިސާގެ ޢަދަދު ހިމަނައިގެންކަމަށާއި، އެ ޗެކުތަކުގައި ބަޔާންކުރާ ފައިސާގެ ޢަދަދު އެއްކޮށްލުމުން ދަޢުވާގައި ބަޔާންކުރާ ފައިސާގެ ޢަދަދު ހަމަވާކަމަށް ދައުލަތުން ބުނެއެވެ.
88އެހެންނަމަވެސް، ދައުލަތުގެ ދަޢުވާ ބިނާ ކޮށްފައިވަނީ މި 14 ޗެކުގެ މައްޗަށް ކަމެއް އަދި އަދި ދަޢުވާ ބިނާކުރި ޗެކްތަކަކީ ކޮބައިކަމެއް ވެސް ދަޢުވާގެ ސީޣާގައި ބަޔާންކޮށްފައި ނުވެއެވެ. ދައުލަތުން ހައިކޯޓުގައި ބުނެފައިވަނީ، މިމައްސަލައިގެ ދަޢުވާގެ ސީޣާ ބިނާކޮށްފައިވަނީ ޗެކާއި ގުޅޭ ސުވާލަށް ނޫންކަމަށާއި، މިއީ ޗެކުތަކާއި ގުޅިގެން ޗެކަށް ޚިޔާނާތްތެރިވުމުގެ ދަޢުވާއެއް ނޫންކަމަށާއި މިދަޢުވާ ކުރެވިފައިވަނީ ޗެކުތަކުގައިވާ ޖުމުލަ ފައިސާގެ ޢަދަދަށް ކަމަށެވެ.
89ދަޢުވާގައި ބުނާ ފައިސާގެ ޢަދަދު ބެލި އެ 14 ޗެކާ ގުޅޭ ވަކިވަކި ޗެކްތަކުގެ ތަފުސީލު ދައުލަތުން ދަށުކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ފާހަގަކޮށްފައިވެއެވެ.
90އެގޮތުން ދަޢުވާ ބިނާކުރި އެޗެކު ތަކަކީ، އެސްޓަރސް އަށް ލިބެންޖެހޭ ފައިސާގެ ތެރެއިން މުޙައްމަދު ސިނާނުގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ ނަންބަރު 7704261128101 (ދިވެހި ރުފިޔާ) ގެ އެކައުންޓަށް ފައިސާ ޖަމާވެފައިވާ ކަމަށް ބުނާ އަންނަނިވި ޗެކުތަކާއި؛ ކުރެއްދޫ އައިލެންޑް ރިސޯޓް އެންޑް ސްޕާރ 32,335.31 ރ. (ތިރީސް ދެހާސް ތިންސަތޭކަ ތިރީސް ރުފިޔާ ތިރީސް އެއްލާރި) ޕާރކް ޔަޓް މޯލްޑިވްސް 34,182.64 ރ. (ތިރީސް ހަތަރުހާސް އެއްސަތޭކަ އައްޑިހަ ދޭއް ރުފިޔާ ފަސްދޮޅަސް ހަތަރު ލާރި) ޓްރެވެލް ކްލަބް ޕްރައިވެޓް ލިމިޓެޑް 33,917.88 ރ. (ތިރީސް ތިންހާސް ނުވަސަތޭކަ ސަތާރަ ރުފިޔާ އައްޑިހަ އަށް ލާރި) ފެންޓަސީ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް 13091/- ރ. (ތޭރަ ހާސް ނުވަދިހަ އެކެއް ރުފިޔާ) ވިލަމެންދޫ އިންވެސްޓްމެންޓް 16,001.76 ރ. (ސޯޅަހާސް އެއް ރުފިޔާ ހަތްދިހަ ހަލާރި) މީރު އޮޕަރޭޓިންގ 1797354 33,243.73 ސ. (ތިރީސް ތިންހާސް ދުއިސައްތަ ސާޅީސްތިން ރުފިޔާ ހަތްދިހަ ތިނެއްލާރި) ތުނޑުފުށި އައިލެންޑް ރިސޯޓް 21,098.48 ސ. (އެކާވީސް ހާސް ނުވަދިހަ އަށް ރުފިޔާ ސާޅީސްއަށް ލާރި) އެސް.ޕީ.އެޗް 100000.00 ސ. (އެއްލައްކަ ރުފިޔާ)
91އަދި އެސްޓަރސް އަށް ލިބެންޖެހޭ ފައިސާގެ ތެރެއިން މުޙައްމަދު ސިނާނުގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ ނަންބަރު 7703261128101 (ޔޫއެސް ޑޮލަރު) އެކައުންޓަށް ފައިސާ ޖަމާވެފައިވާ އަންނަނިވި 04 ޗެކާއި؟ ދަ ވޯޓަރ ފްރަންޓް ޕްރައިވެޓް ލިމިޖެޑް $2001.83 (ދުއިސައްތަ އެކެއް ޑޮލަރު އަށްޑިހަ ތިން ސެންޓް) އޮޅުވެލި ލާމު ހޯލްޑިންގްސް ޕްރައިވެޓް ލިމިޖެޑް $7500.00 (ހަތްހާސް ފައްސަތޭކަ ޑޮލަރު) މަހޯގަނީ ޕްރައިވެޓް ލިމިޖެޑް $2157.12 (ދެހާސް އެއްސަތޭކަ ފަންސާސްހަތް ޑޮލަރު ބާރަ ސެންޓް) ފުރަނަ ހޯލްޑިންގްސް ޕްރައިވެޓް ލިމިޖެޑް $5812.72 (ފަސްހާސް އަށްސަތޭކަ ބާރަ ޑޮލަރު ހަތްދިހަ ދެ ސެންޓް)
92މުޙައްމަދު ސިނާނުގެ ނަމުގައި މޯލްޑިވްސް އިސްލާމިކް ބޭންކުގައި ހުޅުވާފައިވާ ނަންބަރު 99010310003962100 (ދިވެހި ރުފިޔާ) އެކައުންޓަށް ފައިސާ ޖަމާވެފައިވާ 02 ޗެކެވެ. ވަގަރު ހޯލްޑިންގްސް ޕްރައިވެޓް ލިމިޖެޑް 14,655.60 ސ. (ސާދަހާސް ހަސަތޭކަ ފަންސާސް ފަސްރުފިޔާ ފަސްދޮޅަސް ލާރި) ކޮސްމޮޕޮލިޓަން ޗަމްޕާ ބްރަދަރސް މޯލްޑިވްސް ޕްރައިވެޓް ލިމިޖެޑް 11,110.92 ސ. (އެގާރަ ހާސް އެއްސަތޭކަ ދިހަ ރުފިޔާ ނުވަދިހަ ދެލާރި)
93ބަޔާންވެދިޔަ 14 ޗެކުގެ ތެރޭގައި ހިމެނޭ ކުރެއްދޫ އައިލެންޑް ރިސޯޓް އެންޑް ސްޕާރގެ އެކައުންޓުން 32,335.31 ސ. (ތިރީސް ދެހާސް ތިންސަތޭކަ ތިރީސް ރުފިޔާ ތިރީސް އެއްލާރި) ނެގޭގޮތަށް ދޫކޮށްފައިވާ ނަންބަރު 0030976 ޗެކާއި، ޕާރކް ޔަޓް މޯލްޑިވްސް އެކައުންޓުން 34,182.64 ސ. (ތިރީސް ހަތަރުހާސް އެއްސަތޭކަ އައްޑިހަ ދޭއް ރުފިޔާ ފަސްދޮޅަސް ހަތަރު ލާރި) ނެގޭގޮތަށް ދޫކޮށްފައިވާ ނަންބާ 001679 بھجول ۽ آمد جو پروڊيشن جي آبادي ۾ پيش ملي ٿو ۽ پيش ملي ٿو 16,001.76 مر. (ސޯޅަހާސް އެއް تروري آبادي ۾ آبادي ۾ آبادي ۾ سرڪار ۽ آبادي ۾ سرڪار ۽ آبادي ۾ 001795 بھجول ۽ آبادي ۾ آبادي ۾ سرڪار ۽ آبادي ۾ 193 مصر ۽ آبادي ۾ آبادي ۾ سرڪار ۽ آبادي ۾
94އެހެންނަމަވެސް، ދަށުކޯޓުން މައްސަލަ ނިންމުމުގައި، މުޙައްމަދު ސިނާނު ޚިޔާނާތްތެރިވި ކަމަށް ތުހުމަތުކުރެވޭ ފައިސާގެ ޖުމްލަ ޢަދަދު ބެލުމުގައި ބުނެވިދިޔަ ތިން بھجول ގައި ހިމެނޭ ފައިސާގެ ޢަދަދު ހިމަނާފައިވެއެވެ. އެއީ އެސްޓަރސްއަށް ލިބެންޖެހޭ އެތިން بھجول ގައިސާ މުޙައްމަދު ސިނާނުގެ އެކައުންޓަށް ޖަމާވެފައިވާކަން މުޙައްމަދު ސިނާނުގެ ބޭންކް އެކައުންޓު ސްޓޭމަންޓުން އެނގެން އޮތުމުން ކަމަށް ދަށުކޯޓުން ފާހަގަކޮށްފައިވެއެވެ.
95އެހެންކަމުން، މި ނުކުތާގައި ޙަވާލާދޭ މި 3 (ތިނެއް) بھجول ގައި ހިމެނޭ ފައިސާ މުޙައްމަދު ސިނާނުގެ ބޭންކް އެކައުންޓަކަށް ޖަމާވެފައިވާކަން، އެކައުންޓު ސްޓޭމަންޓު ތަކުން އެނގެން އޮންނަ އޮތުމަކީ ހަމަ އެކަނި އެ ސަބަބަށް ރިޢާޔަތްކޮށް އެފައިސާއަށް ޚިޔާނާތްތެރިވެފައިވާ ކަމަށް ބެލިދާނެ ހަމައެއް ހެއްޔެވެ.
96HN5މީހެއްގެ މައްޗަށް ކުށެއްގެ ތުހުމަތު ކުރެވޭއިރު، އެ ކުށުން ދިފާޢުވުމަށް އެކަށީގެންވާ ވަޞީލަތް ތަކާއި ފުރުސަތު ލިބިދިނުމަކީ ދިވެހިޖުމްހޫރިއްޔާގެ ޤާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ޙައްޤެކެވެ. މީހެއްގެ މައްޗަށް ޖިނާއީ ކުށެއްގެ ދަޢުވާއެއް އުފުލަންވާނީ ޖިނާއީ ދަޢުވާއެއް ކުރުމަށް ފުރިހަމަ ވާންޖެހޭ ކަންކަން ފުރިހަމަވެގެންނެވެ.
97އެގޮތުން، ޖިނާއީ މައްސަލައެއްގެ ތަޙުޤީޤެއް ފުރިހަމަވުމަށް އެއްމެ އަސާސީ އެއް ކަމަކަށްވާނީ ތަޙުޤީޤުކުރި ކުށުގެ ވާޤިޢާއާ ގުޅިގެން ތުހުމަތުކުރެވޭ ފަރާތާ ސުވާލުކުރުމެވެ. އެހެނީ މީހަކު ހައްޔަރު ކުރެވޭ މަރުޙަލާއިން ފެށިގެން ދިފާޢުގައި އޭނާގެ ފަރާތުން ދައްކާ ވާހަކަތައް ބިނާވެފައި އޮންނާނީ އޭނާގެ މައްޗަށް ކުރެވިފައި އޮތް ތުހުމަތާ ގުޅިގެންނެވެ.
98ދަޢުލަތުން މިމައްސަލައިގައި އުފުލާފައިވާ ދަޢުވާ ބިނާކޮށްފައިވަނީ އިސްވެ ބުނެވުނު ތިން ޗެކުގައި ބަޔާންކުރާ ފައިސާގެ ޢަދަދު ހިމަނައިގެން ކަމަށްވާތީ އެ ޗެކުތަކާ ގުޅޭގޮތުން ތަޙްޤީޤު ކުރެވިފައިވޭތޯ ބަލަންޖެހެއެވެ.
99ޙަވާލާދޭ 3 (ތިނެއް) ޗެކާބެހޭ ގޮތުން ތަޙުޤީޤުގައި އެއްވެސް ވަރަކަށް ސުވާލުކުރެވި، އެއާ ބެހޭ ގޮތުން ޖަވާބުދާރީ ވާން މުޙައްމަދު ސިނާނަށް ތަޙްޤީޤު މަރުޙަލާގައި ފުރުޞަތު ދެވިފައިވޭތޯ މި އިސްތިއުނާފުގައި ޝަރީޢަތުން ކުރި ސުވާލުގެ ޖަވާބުގައި ދައުލަތުން ބުނެފައިވަނީ، ވަކިވަކި ޗެކާއި ގުޅިގެން ސުވާލު ކުރެވިފައި ނުވާނެކަމަށާއި، އެހެންނަމަވެސް ދަޢުވާގައި ބުނާ ފައިސާގެ ޢަދަދާ ގުޅިގެން ތަޙުޤީޤުގައި ސުވާލުކުރެވިފައިވާނެ ކަމަށާއި އަދި އެ ޢަދަދު އަންނަނީ 14 ޗެކުގެ މައްޗަށްކަމަށް ތަޙުޤީޤުގައި ސުވާލުކުރެވުނު ކަމުގައެވެ.
100މި މައްސަލައިގެ ތަޙުޤީޤަށް މުޙައްމަދު ސިނާނު ދީފައިވާ ބަޔާނަށް ބަލާއިރު، އޭނާގެ މައްޗަށް ތުހުމަތު ކުރެވިފައިވަނީ އެސްޓަރސްއަށް ފައިސާ ލިބެންޖެހޭ 14 ޗެކެއްގައި ހިމެނޭ ފައިސާގެ ޢަދަދާ ގުޅިގެން ކަމަށް ތަޙުޤީޤުގައި ސުވާލުކުރެވިފައިވާކަން އެ ބަޔާނުން އެނގެން ނެތެވެ. އަދި ތުހުމަތު ކުރެވުނު ޖުމުލަ ފައިސާގެ ޢަދަދާ ގުޅޭގޮތުން ސުވާލުކުރެވިފައިވާކަން ވެސް މުޙައްމަދު ސިނާނުގެ ތަހުޤީޤު ބަޔާނުން އެނގެން ނެތެވެ.
101އަދި ޙަވާލާދޭ ތިން ޗެކަކީ، މި މައްސަލައިގެ ތަހުޤީޤަށް ވެސް ލިބިފައިވާ ޗެކުތަކެއް ނޫނެވެ. އެކަން ދަށުކޯޓުގެ ރިޕޯޓުގެ 24 ވަނަ ނުކުތާގައި ޝަރީޢަތުން ވެސް ފާހަގަކޮށްފައިވެއެވެ. ދަޢުވާއާއެކު ދައުލަތުން ކްރިމިނަލް ކޯޓަށް ހުށަހެޅި ޑޮކިއުމެންޓް އެގްޒަރމިނޭޝަން ރިޕޯޓުގައި، ފުލުހުން ތަހުލީލުކުރި ޗެކުތަކަކީ ކޮބައިކަން ބަޔާންކޮށްފައިވާއިރު މި ބުނެވުނު ތިން ޗެކު ތަޙުޤީޤުކުރެވުކަން އެ ރިޕޯޓުންވެސް އެނގެން ނެތެވެ. އެ ޗެކުތަކަކީ ފުލުހުންގެ ތަޙުޤީޤުގައި އަތުލިޔުމުގެ ސާމްޕަލްގައި ހިމެނުނު ޗެކުތަކެއް ނޫންކަމަށް ދައުލަތުންވެސް ހައިކޯޓުގައި ފާހަގަކޮށްފައިވެއެވެ.
102މި ދަޢުވާއާ ގުޅިގެން ދައުލަތުން ޝަރީޢަތަށް ހުށަހެޅި ހެކިތަކުގެ ތެރޭގައި ބުނެވުނު ތިން ޗެކު ހިމެނިފައި ނުވާއިރު، ދަޢުވާ ހުށަހެޅިއިރު އެ ޗެކުތައް އަދި އޭގެ ކޮޕީވެސް ލިބިފައިނުވާކަން ދަށުކޯޓަށް ހުށަހެޅިފައިވާ ލިޔުންތަކުން އެނގެއެވެ. އަދި އެކަން ދައުލަތުން ވެސް ހައިކޯޓުގައި ފާހަގަކޮށްފައިވެއެވެ. އެ ޗެކުތަކާބެހޭ ގޮތުން ދަށުކޯޓުގައި ސުވާލު ކުރެވުމުން ޝަރީޢަތުން އެދިގެން ދިވެހި ފުލުހުން މެދުވެރިކޮށް އެ ޗެކްތައް ހޯދައި ޖުމްލަ 14 ޗެކް ޝަރީޢަތަށް ހުށަހަޅައި ދަށުކޯޓުގެ ފަނޑިޔާރު ބެލިކަމަށް ދައުލަތުން ހައިކޯޓުގައި ބުނެފައިވެއެވެ. ޗެކްތަކުގެ އަސްލު ޝަރީޢަތުގެ މަޖިލީހުގައި ހުށަހެޅުނުކަމަށް ބެލެވޭ ފަދަ މޭރުމަކުން ޝަރީޢަތުން ސުވާލުކޮށްފައިވާކަން އިސްތިއުނާފުކުރެވޭ ޤަޝިއްޔާގެ މަޙުޝަރު ބަޔާންތަކުން އެނގެއެވެ. އެހެންނަމަވެސް މި މައްސަލައިގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގައިވެސް އަދި މައްސަލައިގެ ދަށުކޯޓުގެ ފައިލުގައިވެސް މިތާގައި މިބަޔާންކުރާ ތިން ޗެކުގެ ކޮފީ ހިމެނިފައިނުވެއެވެ. އެހެންކަމުން މިއީ ޝަރީޢަތަށް ހުށަހެޅުނު ލިޔުމެއް ކަމާމެދު ސުވާލު އުފެދެއެވެ.
103ބަހުޘްގެ ބޭނުމަށް ދަށުކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި އެޗެކުތައް ހުށަހެޅުނު ކަމަށް ބެލިނަމަވެސް، އިސްވެ ބަޔާންކުރެވުނު ކަންކަމުން ސާފުކޮށް އެނގޭކަމަކީ، ކުރެއްދޫ އައިލެންޑް ރިސޯޓް އެންޑް ސްޕާރގެ އެކައުންޓުން 32,335.31ރ. (ތިރީސް ދެހާސް ތިންސަތޭކަ ތިރީސް ރުފިޔާ ތިރީސް އެއްލާރި) ނެގޭގޮތަށް ދޫކޮށްފައިވާ ނަންބަރު 0030976 ޗެކާއި، ޕާރކް ޔަޓް މޯލްޑިވްސް އެކައުންޓުން 34,182.64ރ. (ތިރީސް ހަތަރުހާސް އެއްސަތޭކަ އައްޑިހަ ދޭއް ރުފިޔާ ފަސްދޮޅަސް ހަތަރު ލާރި) ނެގޭގޮތަށް ދޫކޮށްފައިވާ ނަންބަރު 001679 ޗެކު އަދި ވިލަމެންދޫ އިންވެސްޓްމެންޓްގެ އެކައުންޓުން 16,001.76ރ. (ސޯޅަހާސް އެއް ރުފިޔާ ހަތްދިހަ ހަލާރި) ނެގޭ ގޮތަށް ދޫކޮށްފައިވާ ނަންބަރު 001795 ޗެކަކީ މިމައްސަލައާ ގުޅިގެން ތަޙްޤީޤުކުރެވިފައިވާ ޗެކްތަކެއް ނޫންކަމެވެ. އަދި މި ޗެކުތަކުގައި ހިމެނޭ ފައިސާގެ ޢަދަދާ ގުޅޭގޮތުން ތަހުޤީޤުގައި ސުވާލުކުރެވިފައި ވެސް ނުވާ ކަމެވެ.
104އެހެންކަމުން، ބުނެވުނު ތިން ޗެކަކީ ތަހުޤީޤުކުރެވިފައިނުވާ އަދި އެ ވާޤިޢާ އަކީ އެއާ ގުޅޭގޮތުން ތަހުޤީޤުގައި ސުވާލުކުރެވިފައިވާ ވާގިއާއެއްކަން އެނގެން ނެތަތީ، މިމައްސަލައިގެ ފައިސާގެ ޢަދަދު ބެލުމުގައި މި ޗެކުތައް އެއްފަރާތް ކުރަންޖެހޭ ކަމަށް އަހުރެން ދެކެމެވެ.
105އެހެންކަމުން، އިސްތިއުނާފުކުރެވިފައި މިވާ ކްރިމިނަލް ކޯޓުގެ ޤަޞިއްޔާގައި މުޙައްމަދު ސިނާނު ޚިޔާނާތްތެރިވި ކަމަށް ތުހުމަތުކުރެވޭ ޖުމްލަ ޢަދަދަކީ، 578,175.94ރ. (ފަސްލައްކަ ހަތްދިހަ އަށްހާސް އެއްސަތޭކަ ހަތްދިހަ ފަސްރުފިޔާ ނުވަދިހަ ހަތަރު ލާރި) ކަމަށް ކަނޑައަޅާފައިވަނީ، ކުރެއްދޫ އައިލެންޑް ރިސޯޓް އެންޑް ސްޕާރގެ އެކައުންޓުން 32,335.31ރ. (ތިރީސް ދެހާސް ތިންސަތޭކަ ތިރީސް ރުފިޔާ ތިރީސް އެއްލާރި) ނެގޭގޮތަށް ދޫކޮށްފައިވާ ނަންބަރު 0030976 ޗެކާއި، ޕާރކް ޔަޓް މޯލްޑިވްސް އެކައުންޓުން 34,182.64ރ. (ތިރީސް ހަތަރުހާސް އެއްސަތޭކަ އައްޑިހަ ދޭއް ރުފިޔާ ފަސްދޮޅަސް ހަތަރު ލާރި) ނެގޭގޮތަށް ދޫކޮށްފައިވާ ނަންބަރު 001679 ޗެކު އަދި ވިލަމެންދޫ އިންވެސްޓްމެންޓްގެ އެކައުންޓުން 16,001.76ރ. (ސޯޅަހާސް އެއް ރުފިޔާ ހަތްދިހަ ހަލާރި) ނެގޭ ގޮތަށް ދޫކޮށްފައިވާ ނަންބަރު 001795 ޗެކުގައި ހިމެނޭ ޖުމްލަ 82,519.71ރ. (އަށްޑިހަ ދެހާސް ފަސްސަތޭކަ ނަވާރަ ރުފިޔާ ހަތްދިހަ އެއްލާރި) ހިމަނައިގެން ކަމަށްވާތީ، މިމައްސަލައިގެ މުޙައްމަދު ސިނާން ޚިޔާނާތްތެރިވި ކަމަށް ތުހުމަތުކުރެވޭ ފައިސާގެ ޖުމްލަ ޢަދަދު ބެލުމުގައި ޙަވާލާދޭ ތިން ޗެކްގެ ފައިސާ އުނިކުރަންޖެހޭނެ ކަމަށް ދެކެމެވެ. ޑޮކިއުމަންޓް އެގްޒަމިނޭޝަން ރިޕޯޓާ ގުޅިގެން ފާހަގަކުރި ނުކުތާ:
106ކްރިމިނަލް ކޯޓުގެ ނަންބަރު: 384/Cr-C/2013 ޤަޟިއްޔާ ނިންމާފައިވަނީ ޞައްޙަ ދަލީލުތަކުގެ މައްޗަށް ބިނާކޮށް ނޫންކަމަށް ފާހަގަކޮށް އިސްތިއުނާފުކުރާފަރާތުގެ އެބުނުން ބިނާކޮށްފައިވަނީ ދައުލަތުން ދަށުކޯޓަށް ހުށަހެޅި "ޑޮކިއުމަންޓް އެގްޒެމިނޭޝަން ރިޕޯރޓް"އާ ގުޅޭ ގޮތުންނެވެ.
107އެގޮތުން، މިނުކުތާގައި އިސްތިއުނާފުކުރާ ފަރާތުން ފާހަގަކޮށްފައިވަނީ، އެ ރިޕޯޓު ތައްޔާރުކުރުމުގައި ފޮރެންސިކުން އަޅާ ކިޔުނު ސާމްޕަލް ތަކަކީ އިސްތިއުނާފުކުރާ ފަރާތުގެ ސާމްޕަލްކަމާމެދު ސުވާލުއުފެދޭ
108ދަޢުވާ ސާބިތުކުރުމަށް ދައުލަތުން ހުށަހެޅި ހެކި ޤަރީނާގެ ތެރޭގައި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު K(G)/DER/2012/0079 "ޑޮކިއުމަންޓް އެގްޒެމިނޭޝަން ރިޕޯރޓް" ހިމެނެއެވެ. މި ރިޕޯރޓު ތައްޔާރުކުރި ދެ ފަރާތް ޚަބީރުންގެ ގޮތުގައި ދަށުކޯޓަށް ހާޟިރުކޮށް އެފަރާތުގެ ހެކި ބަސް ދަށުކޯޓުން ނަގާފައިވެއެވެ.
109މި މައްސަލައިގައި މުޙައްމަދު ސިނާނުގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ، ދިހަހާސް ރުފިޔާއަށްވުރެ ގިނަ ޢަދަދެއްގެ ފައިސާއަށް ޚިޔާނާތްތެރިވުމުގެ ކުށުގެ ދަޢުވާއެވެ. މި ދަޢުވާ ސާބިތުކުރުމުގައި ބުނެވުނު ޑޮކިއުމަންޓްރީ އެގްޒަމިނޭޝަން ރިޕޯޓާއި މެދު ޝަރީޢަތުން ރިޢާޔަތްކުރިގޮތް ދަށުކޯޓުގެ ރިޕޯޓުގެ 28 ވަނަ ނަންބަރުގެ (ވ) ގައި ބަޔާންކޮށްފައިވެއެވެ.އެ ގޮތުން ބުނެވިދިޔަ ނަންބަރުގައި ބަޔާންކޮށްފައިވަނީ؛ "މިމައްސަލައިގައި މުޙައްމަދު ސިނާނުގެ އަތުލިޔުން ސާމްޕަލް ނެގި ގޮތާމެދު ޝަރީޢަތުގެ މަޖިލީހުގައި މުޙައްމަދު ސިނާންގެ ފަރާތުން ސުވާލު އުފައްދާފައިވެއެވެ. އަތުލިޔުމުގެ ސާމްޕަލް އަދި ޑޮކިއުމަންޓްރީ އެގްޒަމިނޭޝަން ރިޕޯޓު ގުޅެނީ ފޯޖްކުރުމުގެ ތުހުމަތާއެވެ. މިކަމަކީ މުޙައްމަދު ސިނާނުގެ އަމިއްލަ އެކައުންޓް ތަކަށް ފައިސާ ޖަމާވެފައިވާކަން ނަފީކުރާނެ ހުއްޖައްތެއް ނޫނެވެ." މިފަދައިންނެވެ.
110HN10އެހެންކަމުން، ކްރިމިނަލް ކޯޓުގެ ނަންބަރު: 384/Cr-C/2013 ޤަޟިއްޔާ ގައި މުޙައްމަދު ސިނާނުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދިހަހާސް ރުފިޔާއަށްވުރެ ގިނަ ޢަދަދެއްގެ ފައިސާއަށް ޚިޔާނާތްތެރިވުމުގެ ކުށުގެ ދަޢުވާ ސާބިތުވާ ކަމަށް ކަނޑައެޅުމުގައި ބުނެވުނު ޑޮކިއުމަންޓް އެގްޒަމިނޭޝަން ރިޕޯޓަށް ޝަރީޢަތުން ބުރަދަނެއް ދީފައިވާ ކަމަށް ބެލެވެންނެތެވެ.
111އަދި އޭގެ އިތުރުން، ދަށުކޯޓުން މި ނުކުތާއާ މެދު ނިންމާފައިވަނީ ޑޮކިއުމަންޓް އެގްޒަމިނޭޝަން ރިޕޯޓާ ގުޅިގެން މުޙައްމަދު ސިނާނުގެ ފަރާތުން ސުވާލު އުފައްދާފައިވާ ނަމަވެސް އެއީ މުޙައްމަދު ސިނާނުގެ އަމިއްލަ އެކައުންޓް ތަކަށް ފައިސާ ޖަމާވެފައިވާކަން ނަފީކުރާނެ ހުއްޖައްތެއް ނޫންކަމަށެވެ. މުޙައްމަދު ސިނާނު ވެސް އޭނާގެ އެކައުންޓަށް އެސްޓަރސް އަށް ލިބެންޖެހޭ ފައިސާ ޖަމާވެފައިވާ ކަމަށް ޝަރީޢަތުގައި މަޖިލީހުގައި އެއްބަސްވެފައިވާ ކަމަށް ވެސް ދަށުކޯޓުން ފާހަގަކޮށްފައިވެއެވެ.އެހެންކަމުން، ދަށުކޯޓުން މައްސަލަ ނިންމުމުގައި ޑޮކިއުމަންޓް އެގްޒަމިނޭޝަން ރިޕޯޓާ ގުޅޭގޮތުން ހަދާފައިވާ ގޯހެއް އިސްތިއުނާފުކުރާ ފަރާތަށް ބުނެދެވިފައިވާ ކަމަށް ބެލެވެން ނެތަތީ، މިނުކުތާގައި ހައިކޯޓުން ގޮތެއް ކަނޑައަޅަންޖެހޭ ފަދަ ބަހުޘެއް އޮތްކަމަށް ނުދެކެމެވެ. ތަޙުޤީޤުކުރެވިފައިވާ ނުވާ ޗެކުތައް އެއްފަރާތްކުރުން:
112އިސްތިއުނާފުކުރެވިފައި މިވާ ކްރިމިނަލް ކޯޓުގެ ޤަޟިއްޔާގައި މުޙައްމަދު ސިނާނު ޚިޔާނާތްތެރިވި ކަމަށް ކަނޑައަޅާފައިވާ ޖުމްލަ ޢަދަދަކީ، 578,175.94ރ. (ފަސްލައްކަ ހަތްދިހަ އަށްހާސް އެއްސަތޭކަ ހަތްދިހަ ފަސްރުފިޔާ ނުވަދިހަ ހަތަރު ލާރި) އެވެ. ތަހުޤީޤުކުރެވިފައި ނުވާ ޗެކުތަކުގައި ހިމެނޭ ޖުމްލަ 82,519.71ރ. (އަށްޑިހަ ދެހާސް ފަސްސަތޭކަ ނަވާރަ ރުފިޔާ ހަތްދިހަ އެއްލާރި) ފައިސާ އުނިކުރުމުން، މުޙައްމަދު ސިނާނު ޚިޔާނާތްތެރިވި ކަމަށް ތުހުމަތުކުރެވޭ ޖުމްލަ ފައިސާގެ ޢަދަދަކީ، 495,656.23ރ. (ހަތަރުލައްކަ ނުވަދިހަ ފަސްހާސް ހަސަތޭކަ ފަންސާސް ހަރުފިޔާ ތޭވީސް ލާރި) ކަމަށް ވާތީ، މި ޢަދަދަކީ މުޙައްމަދު ސިނާން ޚިޔާނާތްތެރިވި ފައިސާގެ ޖުމްލަ ޢަދަދުކަމުގައި ބަލަންޖެހެއެވެ.
113މި މައްސަލައިގައި މުޙައްމަދު ސިނާނު ޚިޔާނާތްތެރިވި ފައިސާގެ ޢަދަދު ހިސާބުކުރުމުގައި، ހިމަނާފައިވާ ތަޙުޤީޤުކުރެވިފައި ނުވާ ތިން ޗެކު އެއްފަރާތްކުރި ނަމަވެސް، މި މައްސަލައިގައި ބަޔާންކުރާ ބާކީހުރި ޗެކްތައް، އެ ޗެކުތަކާ ގުޅިގެން ތަހުޤީޤުކުރެވި އަދި ޝަރީޢަތަށް ހުށަހެޅިފައިވާ ޗެކްތަކެއްކަން އެނގެން އޮވެއެވެ. ޤާނޫނާއި ޚިލާފަށް ކުރިކަމެއްގެ ސަބަބުން ވެސް ބާޠިލުވާނީ ޤާނޫނާއި ޚިލާފަށް އެކުރި ކަމެއް އެމިންވަރަށެވެ.
114ޙަވާލާދޭ ތިން ޗެކުގައި ހިމެނޭ ފައިސާގެ ޢަދަދު މި މައްސަލައިން އެއްފަރާތް ކުރިނަމަވެސް، މުޙައްމަދު ސިނާނުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދިހަހާސް ރުފިޔާއަށްވުރެ ގިނަ ޢަދަދެއްގެ ފައިސާއަށް ޚިޔާނާތްތެރިވުމުގެ ކުށުގެ ދަޢުވާ ދިވެހިރާއްޖޭގެ ޖުމުހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބަޔާންކުރާ އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި ސާބިތުވެއެވެ. ދަށު ކޯޓުން ކަނޑައެޅި އަދަބަށް ބަދަލެއް އާދޭތޯ ބެލުން:
115ޙަވާލާދޭ ތިން ޗެކުގައިވާ ފައިސާ އުނިކުރާ ޙާލަތެއްގައި މިމައްސަލައިގައި މުޙައްމަދު ސިނާނުގެ މައްޗަށް ތުހުމަތު ކުރެވޭ ޚިޔާނާތްތެރިވި ފައިސާގެ ޖުމްލަ ޢަދަދަށް ބަދަލު އާދެއެވެ. ދެން އުފެދޭ ސުވާލަކީ މުޙައްމަދު ސިނާނުގެ މައްޗަށް ކްރިމިނަލް ކޯޓުގެ ޤަޟިއްޔާގައ ކަނޑައަޅާފައިވާ އަދަބަށް އެއްވެސް ބަދަލެއް އާދޭތޯއެވެ.
116ޤާނޫނު ނަންބަރު 10/68 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު)ގެ ޗެޕްޓަރ 4 ގެ 131 ވަނަ މާއްދާގެ (ހ) އާއި 132 ވަނަ މާއްދާގެ ދަށުން، މުޙައްމަދު ސިނާނުގެ މައްޗަށް ކުށް ސާބިތުވުމާ ގުޅިގެން، އަދަބުގެ ގޮތުގައި ކްރިމިނަލް ކޯޓުން ކަނޑައަޅާފައިވަނީ، ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނު ޢުޤޫބާތު) ގެ 215 ވަނަ މާއްދާއާއި ޙަވާލާދީ، އެ ޤާނޫނުގެ 210 ވަނަ މާއްދާގެ (ށ) ގެ 1 ވަނަ ނަންބަރާއި، އެޤާނޫނުގެ 1002 ވަނަ މާއްދާގެ (ހ) އާއި އެ ޤާނޫނުގެ 1001 ވަނަ މާއްދާގެ (ރ) އާއި 1101 ވަނަ މާއްދާއާއި، 1003 ވަނަ މާއްދާގެ (ށ) އަދި (ނ) އާއި، 1005 ވަނަ މާއްދާއާއި ބުނެވިދިޔަ ޤާނޫނުގެ 1202 ވަނަ މާއްދާގެ ދަށުން މުޙައްމަދު ސިނާނު -/840,000ރ. (އަށް ލައްކަ ސާޅީސްހާސް ރުފިޔާ) އިން ޖޫރިމަނާކޮށެވެ.
117HN7ދަށުކޯޓުން އަދަބު ކަނޑައެޅުމުގައި ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު)ގެ ދަށުން އަދަބު ކަނޑައަޅާފައިވަނީ، ކުރީގެ ޤާނޫނުގައި (ޤާނޫނު ނަންބަރު 10/68) ޚިޔާނާތްތެރިވި ކުށަށް ކަނޑައެޅިފައިވާ އަދަބު، މިހާރު ޢަމަލު ކުރަމުންދާ ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު)ގެ ދަށުން ކަނޑައެޅޭ އަދަބު ލުއިވާތީ، ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު)ގެ 10 ވަނަ މާއްދާގެ (ރ) އަށް ރިޢާޔަތްކޮށް އެ މާއްދާގައި ބަޔާންވެގެންވާ ގޮތުގެ މަތިންނެވެ.
118އެކަން، އިސްތިއުނާފު ކުރެވިފައިމިވާ ކްރިމިނަލް ކޯޓުގެ ނަންބަރު: 384/Cr-C/2013 ޤަޟިއްޔގާ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ 28 ވަނަ ނުކުތާގެ (ފ) އިން ފެށިގެން (ޑީ) އަށް ހުރި އަކުރު ތަކުގައި ޝަރީޢަތުން ފާހަގަކޮށްފައިވެއެވެ.
119މި މައްސަލައިގައި ތަހުޤީޤުކުރެވިފައިނުވާ ތިން ޗެކު ނުހިމަނައި، ބާކީ އޮތް 11 ޗެކުތަކުގައި ބަޔާންކުރާ ފައިސާގެ ޢަދަދު ހިސާބުކުރުމުން މުޙައްމަދު ސިނާނު ޚިޔާނާތްތެރިވި ކަމަށް ތުހުމަތުކުރެވޭ ޖުމްލަ ފައިސާގެ ޢަދަދަކީ، 495,656.23ރ. (ހަތަރުލައްކަ ނުވަދިހަ ފަސްހާސް ހަސަތޭކަ ފަންސާސް ހަރުފިޔާ ތޭވީސް ލާރ) އެވެ.
120މިޢަދަދަށް ރިޢާޔަތްކޮށް މުޙައްމަދު ސިނާނުގެ މައްޗަށް އަދަބު ކަނޑައަޅާނަމަ ދަށުކޯޓުން ކަނޑައަޅާފައިވާ ޢުޤޫބާތަށް އެއްވެސް އަސަރެއްކުރޭތޯ ބަލާއިރު، މިމައްސަލައިގައި މުޙައްމަދު ސިނާނުގެ މައްޗަށް ދަޢުވާކޮށްފައިވަނީ، ޤާނޫނު ނަންބަރު 10/68 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު)ގެ ޗެޕްޓަރ 4 ގެ 131 ވަނަ މާއްދާގެ (ހ) އާއި 132 ވަނަ މާއްދާގެ ދަށުންނެވެ. އެ މާއްދާތަކުގައި ބަޔާންކުރާ އުޞޫލުން މިމައްސަލައިގައި އަދަބު ކަނޑައަޅާނަމަ، އަދަބު ކަނޑައެޅިގެން ދާނެ ގޮތަކީ މިއީ މުޙައްމަދު ސިނާނުގެ މައްޗަށް ޚިޔާނާތުގެ ކުށް ސާބިތުވާ ފުރަތަމަ ފަހަރު ކަމުގައިވާތީ އެ ޤާނޫނުގެ 131 ވަނަ މާއްދާގެ ދަށުން 6 (ހައެއް) މަސްދުވަހަށް އަރުވާލުން ނުވަތަ ޖަލަށް ލުމެވެ. އަދި ޚިޔާނާތްތެރިވެފައިވާ ފައިސާގެ ޢަދަދަކީ -10,000ރ. (ދިހަ ހާސް) ރުފިޔާއަށް ވުރެ މަތީ ޢަދަދަކަށް ވާތީ، އެ ހަމަސްދުވަހުގެ ތެރެއަށް 132 ވަނަ މާއްދާ ދަށުން ކޮންމެ -1000ރ. (އެއްހާސް) ރުފިޔާއަކަށް 1 މަސްދުވަސް އިތުރުވާ ގޮތަށެވެ. އެގޮތުން، ޤާނޫނު ނަންބަރު 10/68 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު)ގެ ޗެޕްޓަރ 4 ގެ 131 ވަނަ މާއްދާގެ (ހ) އާއި 132 ވަނަ މާއްދާ ދަށުން އަދަބު ކަނޑައަޅާނަމަ، މިހާލަތުގައިވެސް މުޙައްމަދު ސިނާނުގެ މައްޗަށް ކަނޑައެޅޭނެ އަދަބު 25 (ފަންސަވީސް) އަހަރަށް ވުރެ މަތިވެއެވެ.
121މިހާރު ޢަމަލުކުރަމުންދާ ޤާނޫނުލްޢުޤޫބާތުގައި ޚިޔާނާތުގެ ކުށް ދަރަޖަކޮށްފައިވާ ގޮތަށް ބަލާއިރު، މިމައްސަލައިގައި މުޙައްމަދު ސިނާނަށް އަދަބު ލުއިވާނީ ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ ދަށުން އަދަބު ކަނޑައެޅުމުންނެވެ. އެއީ، ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުޢުޤޫބާތު) ގެ 10 ވަނަ މާއްދާގެ (ރ) ގައި ބަޔާންކުރާ އުޞޫލަށް ރިޢާޔަތްކޮށެވެ.
122މިހާރު ޢަމަލުކުރަމުންދާ ޤާނޫނުލްޢުޤޫބާތުގައި ޚިޔާނާތުގެ ކުށް ދަރަޖަކޮށްފައިވަނީ 210 ވަނަ މާއްދާގެ
(ނ)ގައެވެ. އެއަކުރު ތިރީގައި ނަކަލުކުރެވިފައި އެވަނީއެވެ. ވައްކަން، ޓެކުން، މަކަރާއި ޚީލަތް، ޚިޔާނާތް އަދި ފޭރުން ދަރަޖަކުރުން
210.
(ނ) މި ޤާނޫނުގެ 211 ވަނަ މާއްދާއިން 216 ވަނަ މާއްދާގެ ނިޔަލަށް ބަޔާންކޮށްފައިވާ ކުށުގެ ޢަމަލު ދަރަޖަކުރެވެނީ، އަންނަނިވި ގޮތުގެމަތިންނެވެ: (1) މުދަލުގެ އަގު -500,000 ރުފިޔާއަށް ވުރެ މަތިވާނަމަ، އެކުށަކީ، ޖިނާޔަތުގެ 3 ވަނަ ދަރަޖައިގެ ކުށެކެވެ. (2) މުދަލުގެ އަގު -50,000 ރުފިޔާއަށްވުރެ މަތިވާނަމަ، ނުވަތަ ވަގަށްނެގި މުދަލަކީ، ހަތިޔާރެއް ނުވަތަ އިންޖީނުލީ ދުއްވާއެއްޗެއް ނުވަތަ އިންޖީނުލީ ދޯންޏެއް ނުވަތަ އެނޫންވެސް އިންޖީނު އެގި އުޅަނދެއްކަމުގައިވާނަމަ، އެ ކުށަކީ، ޖިނާޔަތުގެ 4 ވަނަ ދަރަޖައިގެ ކުށެކެވެ. (3) -5000ރ. ރުފިޔާއަށް ވުރެ މުދަލުގެ އަގު މަތިވާނަމަ، އެ ކުށަކީ، ޖިނާޔަތުގެ 5 ވަނަ ދަރަޖައިގެ ކުށެކެވެ. (4) -500ރ. ރުފިޔާއަށް ވުރެ މުދަލުގެ އަގު މަތިވާނަމަ، އެ ކުށަކީ، ޖުނަޙްގެ 1 ވަނަ ދަރަޖައިގެ ކުށެކެވެ. (5) އެނޫން ޙާލަތްތަކުގައި، އެ ކުށަކީ، ޖުނަޙްގެ 2 ވަނަ ދަރަޖައިގެ ކުށެކެވެ.
123މިގޮތުން ބަލާއިރު، ތަހުޤީޤުކުރެވިފައި ނުވާ ތިން ޗެކުގައި ހިމެނޭ ފައިސާ އުނިކުރުމުން، މުޙައްމަދު ސިނާނު ޚިޔާނާތްތެރިވި ކަމަށް ތުހުމަތުކުރެވޭ ޖުމްލަ ފައިސާގެ ޢަދަދަކީ، 495,656.23ރ. (ހަތަރުލައްކަ ނުވަދިހަ ފަސްހާސް ހަސަތޭކަ ފަންސާސް ހަރުފިޔާ ތޭވީސް ލާރި) ކަމަށްވާތީ، ޚިޔާނާތްތެރިވި މުދަލުގެ އަގު ފަސްލައްކައަށް ވުރެ ދަށްވެއެވެ.
124އެހެންކަމުން، މިހާރު މި ކުށް ދަރަޖަކުރެވިގެންދާނީ ޖިނާޔަތުގެ 4 ވަނަ ދަރަޖައިގެ ކުށެއްގެ ގޮތުގައެވެ. ޖިނާޔަތުގެ 4 ވަނަ ދަރަޖައިގެ ކުށެއްގެ އަސާސީ އަދަބަކީ 01 (އެކެއް) އަހަރާއި 7 (ހަތެއް) މަހާއި 06 (ހައެއް) ދުވަހުގެ މުއްދަތަށް ޖަލަށްލުންކަން ޤާނޫނުޢުޤޫބާތުގެ 1002 ވަނަ މާއްދާއަށް ބެލުމުން އެނގެއެވެ.
125ދަށުކޯޓުން އަދަބު ކަނޑައެޅީ، ޚިޔާނާތްތެރިވި މުދަލުގެ އަގު -500,000 ރުފިޔާއަށް ވުރެ މަތިވާތީ، ޖިނާޔަތުގެ 3 ވަނަ ދަރަޖައިގެ ކުށެއްކަމަށް ބަލައިގެންނެވެ.
126ކުރީގެ ޤާނޫނުލްޢުޤޫބާތު ދަށުން، އެއް ޢަމަލެއްގައި ހިމެނޭ ތަފާތު ގިނަ ކުށްތަކަށް ދަޢުވާ ނުކޮށް، އޭގެ ތެރެއިން އެއްކުށަށް ދަޢުވާ ކޮށްފައި އޮންނަ ޙާލަތުގައި ކުށުގެ ދަރަޖަ އަސާސީ މިންގަނޑުން ތިން ދަރަޖަ މަތިކުރަންޖެހޭ ކަމަށް ދެކޭކަމަށާއި، މިމައްސަލައިގައި ތުހުމަތުކުރާ ފައިސާގެ ޢަދަދަށް ބަދަލެއް ގެންނަންޖެހޭ ކަމަށް ހައިކޯޓުން ކަނޑައަޅާ ޙާލަތެއްގައި ވެސް، ކުށުގެ ދަރަޖަ އަސާސީ މިންގަޑުން ތިން ދަރަޖަ މަތިކޮށް އަދަބު ކަނޑައެޅުމަށް ދައުލަތުން ހައިކޯޓުގައި އެދިފައިވެއެވެ.
127ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ ދަށުން އަދަބުގެ މިންވަރު ކަނޑައެޅުމުގައި، ކޯޓުން ރިޢާޔަތްކުރަންޖެހޭކަންކަން އެ ޤާނޫނުގައި ބަޔާންކުރެއެވެ. އެގޮތުން، ކުށުގެ ދަރަޖަ މަތިވާ ޙާލަތްތަކާއި ދަށްވާ ޙާލަތްތަކެއް އެޤާނޫނުގައި ކަނޑައެޅިފައިވެއެވެ.
128އެގޮތުން، މި މައްސަލައިގައި ދަށުކޯޓުން އަދަބުގެ މިންވަރު ކަނޑައަޅާފައިވަނީ، ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 1001 ވަނަ މާއްދާގެ (ރ) އަށް ރިޢާޔަތްކޮށް، އަދަބު ކަނޑައެޅުމުގެ އަސާސީ މިންގަނޑުން 3 (ތިނެއް) ދަރަޖަ މަތިކޮށް އަދި 1101 ވަނަ މާއްދާއަށް ރިޢާޔަތްކޮށް އަސާސީ މިންގަނޑުން 1 (އެކެއް) ދަރަޖަ މަތިކޮށް، އެޤާނޫނުގެ 1003 ވަނަ މާއްދާގެ (ށ) އަދި (ނ) އަށް ރިޢާޔަތްކޮށް، އަސާސީ މިންގަނޑުން 2 (ދޭއް) ދަރަޖަ ދަށްކުރުމަށް ކަނޑައަޅައި އެގޮތުގެ މަތިންނެވެ. ބަޔާންވެދިޔަ ގޮތުގެ މަތިން މި މައްސަލައިގައި ކަނޑައެޅުނު ޖަލު އަދަބު، ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 1005 ވަނަ މާއްދާއާއި 1202 އަށް ރިޢާޔަތްކޮށް ޖޫރިމަނާގެ އަދަބަށް ބަދަލުކޮށްފައިވެއެވެ.
129އެ އުޞޫލުން ބަލާއިރު، ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 1003 ވަނަ މާއްދާގެ (ރ) 44 ގައި ބަޔާންކުރާ އަދަބު ކަނޑައެޅުމުގެ އަސާސީ މިންގަނޑުން 3 (ތިނެއް) ދަރަޖަ މަތިކޮށް އަދި 1101 ވަނަ މާއްދާ އަށް ރިޢާޔަތްކޮށް އަސާސީ މިންގަނޑުން 1 (އެކެއް) ދަރަޖަ މަތިކޮށް، 1003 ވަނަ މާއްދާގެ (ށ) އަދި
(ނ) އަށް ރިޢާޔަތްކޮށް އަސާސީ މިންގަނޑުން 2 (ދޭއް) ދަރަޖަ ދަށްކުރުމުން މުޙައްމަދު ސިނާނުގެ މައްޗަށް ކަނޑައެޅޭނެ އަދަބަކީ 2 (ދޭއް) އަހަރާއި، 4 (ހަތަރެއް) މަހާއި، 24 (ސައުވީސް) ދުވަހަށް ޖަލަށް ލުމެވެ.
130މުޙައްމަދު ސިނާނުގެ މައްޗަށް ކަނޑައަޅާ އަދަބު ލުއިކޮށްދީ ޖޫރިމަނާގެ އަދަބަކަށް ބަދަލުކޮށްދިނުމަށް ދަށުކޯޓުގައި މުޙައްމަދު ސިނާނުގެ ފަރާތުން އެދިފައިވާތީ ދައުލަތުންވެސް އެކަމަށް އިންކާރުކޮށްފައިނުވެއެވެ. އެގޮތުން ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 1005 ވަނަ މާއްދާގެ (ހ) އަދި 1202 ވަނަ މާއްދާގެ (ހ) ރިޢާޔަތްކޮށް ދަށުކޯޓުން މުޙައްމަދު ސިނާނުގެ މައްޗަށް ކަނޑައެޅި ޖަލުގެ އަދަބު، ޖޫރިމަނާގެ އަދަބަކަށް ބަދަލުކޮށްފައިވެއެވެ.
131ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 1005 ވަނަ މާއްދާގެ (ހ) ގައި ބަޔާންވެގެންވަނީ، އެމާއްދާގައި ބަޔާންކުރާ "ތަފާތު އަދަބު އެއްހަމަ ކުރާ ތާވަލު" ގައިވާ ގޮތުގެމަތިން އެ ކުށަކަށް ކަނޑައެޅޭނެ އަދަބުގެ ޖުމްލަ މުއްދަތަށް ވުރެ އިތުރުނުވާ ގޮތުގެމަތިން ތަފާތު އެކިއެކި ބާވަތްތަކުން އަދަބު ކަނޑައެޅުމުގެ އިޚްތިޔާރު ކޯޓަށް ލިބިގެން ވާކަމުގައެވެ. ދަށުކޯޓުން ޖަލު އަދަބު ޖޫރިމާނާގެ އަދަބަށް ބަދަލުކުރުމުގައި 44 އެމާއްދާގައި ބަޔާންވެގެންވަނީ" މި ޤާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރިން ހިނގާފައިވާ ކުށްތަކަށް، މި ޤާނޫނުގެ ދަށުން އަދަބު ދޭއިރު، އެ ހާދިސާގައި ހިމެނޭ ގިނަ ކުށްތަކަށް ދަޢުވާ ކުރެވިފައިނުވާ ޙާލަތްތަކުގައި، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ "އަދަބު ކަނޑައެޅުމުގެ އަސާސީ މިންގަނޑު" ކަމަށް ބަލާނީ، މި ޤާނޫނުގެ 1002 ވަނަ މާއްދާގައި އޮތް ކަނޑައެޅޭ އަދަބުގެ މިންވަރު ބަޔާންކޮށްދޭ ތާވަލުގައި އޮތް އަދަބު ކަނޑައެޅުމުގެ އަސާސީ މިންގަނޑަށްވުރެ 3 (ތިނެއް) ދަރަޖަ މަތީ ދަރަޖައެވެ. އެއަށްފަހު، މި މާއްދާގެ (ށ) އާއި (ނ) ގައި ބަޔާންކޮށްފައިވާ ގޮތަށް ޢަމަލުކުރުމަށްފަހު، އަދަބުގެ މިންވަރު ކަނޑައަޅާނީއެވެ." މިފަދައިންނެވެ. މުޙައްމަދު ސިނާނުގެ އާމްދަނީގެ ގޮތުގައި ބަލާފައިވަނީ އޭރު މުޙައްމަދު ސިނާނަށް މުސާރައިގެ ގޮތުގައި މަހަކު -/12500ރ. (ބާރަހާސް ފަސްސަތޭކަ ރުފިޔާ) ލިބޭ ކަމަށް ބުނެފައިވާތީ އެ މިންވަރަށެވެ.
132އެގޮތުން، ދަށުކޯޓުގައި އަދަބު ކަނޑައެޅިއިރު މުޙައްމަދު ސިނާންއަށް ލިބެމުންދިޔަ އާމްދަނީއަށް ރިޢާޔަތްކޮށް ޤާނޫނުގެ 1005 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ " ތަފާތު އަދަބު އެއްހަމަ ކުރާ ތާވަލު" ގައިވާ ގޮތުގެ މަތިން އަދަބު ކަނޑައެޅުމުން، މުޙައްމަދު ސިނާނުގެ މައްޗަށް ޖަލަށްލުމަށް ކަނޑައެޅޭ 2 (ދޭއް) އަހަރާއި، 4 (ހަތަރެއް) މަހާއި، 24 (ސައުވީސް) ދުވަހުގެ މުއްދަތު -/360,000ރ. (ތިންލައްކަ ފަސްދޮޅަސްހާސް) ރުފިޔާގެ ޖޫރިމާނާއަށް ބަދަލުވެގެންދާކަން އެނގެއެވެ. 2 އަހަރު 300,000ރ. (ތިންލައްކަ) ރުފިޔާ ކަމަށް ބަލައި، މި އަދަދު 1 އަހަރަށް ބެލުމުން ކަނޑައެޅޭ 150,000ރ. (އެއްލައްކަ ފަންސާސްހާސް) ރުފިޔާ، 2 އަހަރަށް ބަލައިގެން (2*150,000) 4 މަސް 50,000ރ. (ފަންސާސްހާސް) ރުފިޔާ ކަމަށް ބަލައި، މި އަދަދު 4 މަހަށް ބެލުމުން (4*12,500) 24 ދުވަސް 10,000ރ. (ދިހަހާސް) ރުފިޔާ ކަމަށް ބަލައި، މި އަދަދު 30 ދުވަހަށް ބެހުމުން އަންނަ 416.667ރ. (ހަތަރުސަތޭކަ ސޯޅަ ރުފިޔާ ފަސްދޮޅަސް ހަތްލާރި) 24 ދުވަހަށް ބަލައިގެން (24*416.667) އެކު ޖުމްލަ 360,000ރ.(ތިންލައްކަ ފަސްދޮޅަސްހާސް) ރުފިޔާ
133ވީމާ، މިމައްސަލައިގައި ތަހުޤީޤުނުކުރާ ތިން ޗެކު އެއްފަރާތްކުރުމުން، މުޙައްމަދު ސިނާނުގެ މައްޗަށް ދަށުކޯޓުން ކަނޑައެޅި އަދަބު މިންވަރަށް ބަދަލު އާދެއެވެ. އެބަހީ، ޖޫރިމަނާކުރި ފައިސާގެ ޢަދަދަށް ބަދަލު އާދެއެވެ. މައްސަލަ ނިންމަން ފެންނަ ގޮތް:
134އިސްވެ ފާހަގަކުރެވުނު ސަބަބުތަކަށް ނަޒަރުކޮށް؛
134.1. ކްރިމިނަލް ކޯޓުގެ ނަންބަރު 384/Cr-C/2013 ޤަޝިއްޔާގައި، މުޙައްމަދު ސިނާނުގެ މައްޗަށް ހިޔާނާތުގެ ކުށް ސާބިތުވާކަމަށް ކަނޑައަޅާފައިވާ ކަނޑައެޅުން ބާޠިލްކުރާނެ ތަނެއް ނެތްކަމަށް؛
134.2. ކްރިމިނަލް ކޯޓުގެ ނަންބަރު 384/Cr-C/2013 ޤަޝިއްޔާގައި، މުޙައްމަދު ސިނާނު ހިޔާނާތްރެވި ފައިސާގެ ޢަދަދު ހިސާބުކުރުމުގައި ރިޢާޔަތްކޮށްފައިވާ ކުރެއްދޫ އައިލެންޑް ރިސޯޓް އެންޑް ސްޕާރގެ އެކައުންޓުން32,335.31ރ. (ތިރީސް ދެހާސް ތިންސަތޭކަ ތިރީސް ފަސްރުފިޔާ ތިރީސް އެއްލާރި) ނެގޭގޮތަށް ދޫކޮށްފައިވާ ނަންބަރު 0030976 ޗެކާއި، ޕާރކް ޔަޓް މޯލްޑިވްސް އެކައުންޓުން 34,182.64ރ. (ތިރީސް ހަތަރުހާސް އެއްސަތޭކަ އައްޑިހަ ދޭއް ރުފިޔާ ފަސްދޮޅަސް ހަތަރު ލާރި) ނެގޭގޮތަށް ދޫކޮށްފައިވާ ނަންބަރު 001679 ޗެކު އަދި ވިލަމެންދޫ އިންވެސްޓްމެންޓްގެ އެކައުންޓުން 16,001.76ރ. (ސޯޅަހާސް އެއް ރުފިޔާ ހަތްދިހަ ހަލާރި) ނެގޭ ގޮތަށް ދޫކޮށްފައިވާ ނަންބަރު 001795 ޗެކަކީ މި މައްސަލައިގައި ތަޙްޤީޤުކުރެވިފައިނުވާ އަދި ޝަރީޢަތަށް ހުށަހެޅިފައިނުވާ ޗެކުތަކެއް ކަމަށްވާތީ އެލިޔުންތައް މިމައްސަލައިން އެއްފަރާތްކުރުމަށް؛
134.3. ކްރިމިނަލް ކޯޓުގެ ނަންބަރު 384/Cr-C/2013 ޤަޝިއްޔާގައި ކަނޑައަޅާފައިވާ އަދަބަކީ ބުނެވުނު ތިން ޗެކުގައި ހިމެނޭ ފައިސާ އަދަދަށް ރިޢާޔަތްކޮށް ކަނޑައެޅިފައިވާ އަދަބެއްކަމަށްވާތީ، ބުނެވުނު ޗެކުތަކުގައި ހިމެނޭ ފައިސާގެ ޢަދަދު އުނިކުރުމުން؛
134.4. ކްރިމިނަލް ކޯޓުގެ ނަންބަރު 384/Cr-C/2013 ޤަޝިއްޔާގައި މުޙައްމަދު ސިނާންގެ މައްޗަށް ދައުލަތުން ކުޅަ ދިހަހާސް ރުފިޔާއަށްވުރެ ގިނަ ޢަދަދެއްގެ ފައިސާއަށް ޚިޔާނާތްތެރިވުމުގެ ކުށުގެ ދަޢުވާ ސާބިތުވާތީ، މިމައްސަލައިގައި މުޙައްމަދު ސިނާނުގެ މައްޗަށް ކަނޑައެޅޭނެ އަދަބަކީ، 360,000/-ރ. (ތިންލައްކަ ފަސްދޮޅަސްހާސް) ރުފިޔާގެ ޓޫރިމާނާގެ އަދަބު ކަމަށް ކަނޑައަޅައި މައްސަލަ ނިންމަން ފެނެއެވެ. އިސްފަނޑިޔާރު ޙުސައިން ޝަހީދުގެ ރަޢުޔު:
135މި މައްސަލައިގައި ފަނޑިޔާރު މުޙައްމަދު ސަލީމްގެ ރައުޔަށް އަހުރެން ތާއިދުކުރަމެވެ. ފަނޑިޔާރު މުޙައްމަދު ފައިޞަލުގެ ރަޢުޔު:
136މި މައްސަލައިގައި ފަނޑިޔާރު މުޙައްމަދު ސަލީމްގެ ރައުޔަށް އަހުރެން ތާއިދުކުރަމެވެ.
ޙުކުމް
ކްރިމިނަލް ކޯޓުގެ ނަންބަރު 384/Cr-C/2013 ޤަޟިއްޔާގައި، މުޙައްމަދު ސިނާންގެ މައްޗަށް ކުޅަ ދިހަހާސް ރުފިޔާއަށްވުރެ ގިނަ ޢަދަދެއްގެ ފައިސާއަށް ޚިޔާނާތްތެރިވުމުގެ ކުށުގެ ދަޢުވާ ސާބިތުވާކަމަށް ކަނޑައަޅައި އެ ޤަޟިއްޔާގައި ނިންމި ނިންމުމަށް ތާއީދުކޮށް، އެކުށުގެ ޢުޤޫބާތެއްގެ ގޮތުން މުޙައްމަދު ސިނާން -/8,40,000ރ. (އަށް ލައްކަ ސާޅީސްހާސް ރުފިޔާ) އިން ޖޫރީމަނާކުރުމަށް ނިންމި ނިންމުން ބާޠިލްކޮށް، މިމައްސަލައިގައި މުޙައްމަދު ސިނާނުގެ މައްޗަށް ކަނޑައެޅޭނެ އަދަބަކީ، -360,000ރ. (ތިންލައްކަ ފަސްދޮޅަސްހާސް) ރުފިޔާ އިން ޖޫރިމަނާކުރުން ކަމަށް ކަނޑައަޅައި، މި ފައިސާ މިއަދު (23 އޮކްޓޫބަރު 2024) ވަނަ ދުވަހުން ފެށިގެން، 48 (ސާޅީސް އަށެއް) މަސް ދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށް ދެއްކުމަށް އަންގައި، ދިވެހިރާއްޖޭގެ ހައިކޯޓުގައި މި ޤަޟިއްޔާ ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން ޙުކުމް ކޮށްފީމެވެ. މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:
ފުޓްނޯޓު
- އައިޑީދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖޭ، ފޯން: 3325029، ފެކްސް: 3316471
- ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ނަންބަރު 493/ކރކ/579 ދަޢުވާ ހުށަހަޅާ ފޯމު، ދައުލަތުގެ ވަކީލް 24 އެޕްރީލް 2013 ގައި އެޕްރީލް 2013 ގައި ކްރިމިނަލް ކޯޓަށް ދީފައިވާ ބަޔާން
- ކްރިމިނަލް ކޯޓުގެ ނަންބަރު 145-B10(384-2013)/95/2022/63 ސިޓީއާއެކު ފޮނުވި އިސްލާޙްކޮށްފައިވާ އެ ކޯޓުގެ ނަންބަރު 384/Cr-C/2013 ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް.
- އެ ޤާނޫނުގެ 149 ވަނަ މާއްދާގެ (ނ) ގައި ޚިޔާނާތަކީ ތިމާގެ ބެލުމުގެ ދަށުގައި ނުވަތަ ތިމާގެ ޙަވާލުގައިވާ އެހެންފަރާތެއްގެ އެއްޗެއް ނުބައި ނިޔަތެއްގައި އޭގެ ވެރިފަރާތުގެ އިޒުނަޔާ ނުލައި ބޭނުންކުރުން، ނުވަތަ އެއެއްޗަކަށް ބަދަލު ގެނައުން، ނުވަތަ ނައްތާލުން، ނުވަތަ އެފަރާތުން ކަނޑައަޅާފައިވާ ގޮތަށް ޚިލާފަށް ގެންގުޅުމެވެ. ހަމަ އެހެންމެ ކަނޑައެޅިފައިވާ ޤަވާއިދުތަކެއްގެ މަތީން ބެލެހެއްޓުމަށް މީހަކާ ޙަވާލުވެފައިވާ މުދަލެއް ހަމައަށް ހުރިތޯ ބަލާއިރު އެމުދާ ހުންނަންވާ ވަރަށްނެތިފައި އެމުދާ ބަލަހަށްޓަން ޖެހިފައިވާ ޤަވާއިދާ ޚިލާފުވެފައިވާކަން ސާބިތުވުމާއި އެކު އެމުދާ މަދުވާން ޖެހޭގޮތް ސާބިތުކޮށް ނުދެވޭނަމަ ބެލެވޭނީ ޚިޔާނާތްތެރިވިކަމުއިކަމަށް އިސްތިއުނާފުކުރާ ފަރާތުން ފާހަގަކޮށްފައިވެއެވެ.
- އަދަބު ކަނޑައަޅާ މާއްދާއިން ދަޢުވާކޮށްފައިވުމާ ގުޅޭ ގޮތުން މި ނުކުތާގައި ފާހަގަކުރި ކަމަކީ އިސްތިއުނާފުކުރާ ފަރާތުން ދަށުކޯޓުގައި ފާހަގަކުރި ކަމެއް ނޫންކަމަށް 29 މޭ 2023 ދުވަހު ބޭއްވުނު އަޑުއެހުމުގައި އިސްތިއުނާފުކުރާ ފަރާތުން ފާހަގަކޮށްފައިވެއެވެ.
- މިއީ ދައުލަތުން ހުށަހެޅި އިސްތިއުނާފު ޖަވާބުގައި އެކައުންޓް ނަންބަރު ބަޔާންކޮށްފައިވާ ގޮތެވެ. ދައުލަތުން ހުށަހަޅާފައިވާ މުހައްމަދު ސިނާނުގެ ނަމުގައި މޯލްޑިވްސް އިސްލާމިކް ބޭންކްގެ އެކައުންޓް ސްޓޭޓްމަންޓްގައި އެކައުންޓް ނަންބަރުކަމަށް އޮތީ 99010310003962100 އެވެ. މި ނަންބަރު ދަށުކޯޓުގެ ރިޕޯޓުގައި ވެސް އެކި ތަންތަނުގައި އެކިގޮތްގޮތަށް ބަޔާންކޮށްފައިވާކަން ފާހަގަކުރެވިފައިވެއެވެ.
- މި ޗެކްތައް ދޫކުރި ފަރާތާއި ޗެކް ނަންބަރާއި ޗެކްގައި ހިމެނޭ ފައިސާގެ ޢަދަދުގެ ތަފުސީލު އިސްތިއުނާފުގެ ޖަވާބު ފޯމުގެ 4.2.11 ގައި ބަޔާންކޮށްފައިވެއެވެ
- ޤާނޫނު ނަންބަރު 9/2014
- ކްރިމިނަލް ކޯޓުގެ ނަންބަރު 384/Cr-C/2013 ޤަޟިއްޔާ ނިމުނުގޮތުގެ ރިޕޯޓުގެ 28 ވަނަ ނުކުތާގެ (ޒި) ގައި މިކަން ޝަރީޢަތުން ފާހަގަކޮށްފައިވެއެވެ.
- ޤާނޫނު ނަންބަރު 9/2014
- ކްރިމިނަލް ކޯޓުގެ ނަންބަރު 384/Cr-C/2013 ޤަޟިއްޔާ ނިމުނުގޮތުގެ ރިޕޯޓުގެ 28 ވަނަ ނުކުތާގެ (ޑީ) ގައި މިކަން ޝަރީޢަތުން ފާހަގަކޮށްފައިވެއެވެ.
- މިއީ، 2024 ޖުލައި 24 ވަނަ ދުވަހު ހައިކޯޓުގައި ބޭއްވުނު އަޑުއެހުމެކެވެ.
- މިއީ، 2024 ޖުލައި 24 ވަނަ ދުވަހު އިސްތިއުނާފުކުރ މުޙައްމަދާ ސިނާނުގެ ފަރާތުން ހުށަހެޅި ސިޓީއެކެވެ.
- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2013/SC-A/20 ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖޭ، ފޯން: 3325029، ފެކްސް: 3316471
- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2013/SC-A/20 ޤަޝިއްޔާ
- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2013/SC-A/20 ޤަޝިއްޔާގެ 29 ވަނަ ނުކުތާގެ 2 ވަނަ ނަންބަރު
- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޝަރުމީލާ ޝަރީފް ވ. ޕްރޮސިކިއުޓަރޖެނެރަލްގެ އޮފީސް 2014/SC-A/19 ޤަޝިއްޔާ.
- ކްރިމިނަލް ކޯޓުގެ ނަންބަރު 384/Cr-C/2013 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގެ 28 ވަނަ ނަންބަރުގެ (ނ)
- ކްރިމިނަލް ކޯޓުގެ ނަންބަރު 384/Cr-C/2013 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގެ 28 ވަނަ ނަންބަރުގެ (ރ)
- މިހާރު ޢަމަލުކުރަމުންދާ ޤާނޫނު ޢުޤޫބާތު ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު)އަށް ޢަމަލުކުރަން ފަށާފައިވަނީ 16 ޖުލައި 2015 ގައެވެ.
- ޤާނޫނު ނަންބަރު 12/2016
- ކްރިމިނަލް ކޯޓުގެ ނަންބަރު 384/Cr-C/2013 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގެ 25 ވަނަ ނަންބަރު.
- ކްރިމިނަލް ކޯޓުގެ ނަންބަރު 384/Cr-C/2013 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގެ 23 ވަނަ ނަންބަރު. ޑޮރަލު އެކްސްޗޭންޖު ބެލުމުގައި ދަށުކޯޓުން ބެލި، ޔޫ.އާރު.އެލް ފުޓް ނޯޓުގައި ބަޔާންކޮށްފައިވެއެވެ.
- ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހުގެ ޕަބްލިކް ޕްރޮސިކިއުޓަރ ޢާއިޝަތު މުޙައްމަދު 2016 އޮގަސްޓް 22 ދުވަހު ކްރިމިނަލް ކޯޓުގެ ޝަރީޢަތަށް ދީފައިވާ ބަޔާން.
- ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހުގެ ޕަބްލިކް ޕްރޮސިކިއުޓަރ ޢާއިޝަތު މުޙައްމަދު 2016 އޮގަސްޓް 22 ދުވަހު ކްރިމިނަލް ކޯޓުގެ ޝަރީޢަތަށް ދީފައިވާ ބަޔާން.
- ކްރިމިނަލް ކޯޓުގެ ނަންބަރު 384/Cr-C/2013 ޤަ113އިއްޔާގެ 113 مصر ۽ آبادي ۾ آبادي ۾ سرحدي ترجمو 24 އަދި 25 ވަނަ ނަންބަރު.
- މި ޤަޟިއްޔާއާ ގުޅިގެން 21 ނޮވެންބަރު 2023 ގައި ބޭއްވުނު އަޑުއެހުމުގައި ދައުލަތުގެ ވަކީލު މިފަދައިން ފާހަގަކޮށްފައިވެއެވެ.
- 20 ޖޫން 2012 ގައި މުޙައްމަދު ސިނާނު ފުލުހުންގެ ތަހުޤީގަށް ދީފައިވާ ބަޔާން.
- ފުލުހުންގެ ތަޙްޤީޤުގައި އިޢުތިރާފުކުރުވާފައިވަނީ މަޖުބޫރު ކޮށްގެންކަމަށް ބުނެ މިމައްސަލައިގައި ތަޙްޤީޤަށް ދީފައިވާ ބަޔާނަށް 2016 އޮގަސްޓް 22 ގައި ކްރިމީންލޫ ފައިވާ ކޯޓުގައި މުޙައްމަދު ސިނާނު އިންކާރުކޮށްފައިވެއެވެ. އެހެންނަމަވެސް މި ބަޔާނަކީ އޭނާ ތަހުޤީގަށް ދީފައިވާ ބަޔާނެއްކަމަށް ބުނެފައިވެއެވެ.
- މި ޤަޟިއްޔާއާ ގުޅިގެން 21 ނޮވެންބަރު 2023 ގައި ބޭއްވުނު އަޑުއެހުމުގައި ދައުލަތުގެ ވަކީލު މިފަދައިން ފާހަގަކޮށްފައިވެއެވެ.
- މިމައްސަލައިގެ ދަށުކޯޓު ފައިލުގައި ފޯލިއޯ 27، 29، 35 ގެ ގޮތުގައި ހިމެނިފައިވާ ލިޔުންތަކުގައި މިފަދައިން ބަޔާންކޮށްފައިވެއެވެ.
- މި ޤަޟިއްޔާއާ ގުޅިގެން 21 ނޮވެންބަރު 2023 ގައި ބޭއްވުނު އަޑުއެހުން.
- ދައުލަތުން ހެއްކެއްގެ ގޮތުގައި ހުށަހެޅި އިބްރާހީމް ކަލީމު، 30 ނޮވެންބަރު 2014 ދުވަހު ކްރިމިނަލް ކޯޓަށް ދީފައިވާ ބަޔާނުގައި އެ ޝަރީޢަތުގައި ހުށަހެޅުނު ޗެކުތަކަކީ އަސްލުތޯ ޝަރީޢަތުން ދައުލަތާއި ސުވާލުކޮށްފައިވޭ މި ބަޔާނުގައި އިސްތިއުނާފުކުރާ ފަރާތް އަދި ދައުލަތުގެ ސޮއިކޮށްފައިވެއެވެ.
- މިއަކުރުގައި ބަޔާންވެގެންވަނީ "ޢާންމު އުސޫލެއްގެ ގޮތުން، މި ޤާނޫނަށް ޢަމަލުކުރަށް ފެށުމުގެ ކުރިން ހިނގާފައިވާ ނުވަތަ ކޮށްފައިވާ ކުށެއްގެ މައްޗަށް މި ޤާނޫނެއްވެސް އަދި މި ޤާނޫނުން ކަނޑައަޅާފައިވާ އުސޫލުތަކެއްވެސް ނުހިނގާނެއެވެ. އެހެން ނަމަވެސް، މި ޤާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރިން ހިނގާފައިވާ ނުވަތަ ކޮށްފައިވާ ކުށަކަށް މި ޤާނޫނަށް ޢަމަލުކުރަން ފެށުމަށްފަހު އަދަބު ކަނޑައަޅާނަމަ، އެ ކުށަކަށް ދިނުމަށް މި ޤާނޫނުގައި ކަނޑައަޅާފައިވާ އަދަބަކީ ކުރީގެ ޤާނޫނުގައި ކަނޑައަޅާފައިވާ އަދަބަށްވުރެ ކުޑަ އަދަބެއްނަމަ، ނުވަތަ މި ޤާނޫނުގައި އެ ކުށުގެ މައްޗަށް ހިންގުމަށް އޮތް އުސޫލަކީ ނުވަތަ އިޖުރާއާތަކީ، ކުރިގެ ޤާނޫނަހުވެރެ ދައުވާލިބޭ މީހާއަށް ލުއި އިޖުރާއާތެއްނަމަ، އެފަދަ ކުށެއްގެ މައްޗަށް ހިންގަންވާނީ މި ޤާނޫނެވެ. އަދި މި ޤާނޫނުގެ ދަށުން އެ ކުށަކަށް އޮތް އަދަބު ލުއިވާ ޙާލަތުގައި އެ ކުށަކަށް އަދަބު ކަނޑައަޅާނީވެސް މި ޤާނޫނުގައިވާ ގޮތުގެމަތިންނެވެ."މިފަދައިންނެވެ.
- ޤާނޫނު ނަންބަރު 9/2014
- މިމާއްދާގައި ބަޔާންކުރަނީ" ކުށްވެރިޔާގެ މައްޗަށް ސާބިތުވި ކުށް ސާބިތުކުރުމަށް ބޭނުންވާ މިންވަރަށްވުރެ މަތީ މިންވަރަކަށް ކުށުގެ ނިޔަތާގުޅޭ ރުކުންތައް، މި ޤާނޫނުގެ 24 ވަނަ މާއްދާ (ކުށުގެ ނިޔަތާގުޅޭ ރުކުންތައް) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ސާބިތުވެފައިވާނަމަ، މަތިވާ ކޮންމެ ރުކުނަކަށް، އަދަބު ކަނޑައެޅުމުގެ އަސާސީ މިންގަނޑަށްވުރެ، އެއް ދަރަޖަ މަތިވާނެއެވެ" މިފަދައިންނެވެ.
- ޤާނޫނު ނަންބަރު 9/2014
- ޤާނޫނު ނަންބަރު 9/2014
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ޤާނޫނު ނަންބަރު 10/68 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ ޗެޕްޓަރ 4 ގެ 131 ވަނަ މާއްދާގެ (ހ)، 132 ވަނަ މާއްދާ، 149 ވަނަ މާއްދާގެ (ނ)
- ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 10 ވަނަ މާއްދާގެ (ރ)، 210 ވަނަ މާއްދާގެ (ށ)، 215 ވަނަ މާއްދާ، 1001 ވަނަ މާއްދާގެ (ރ)، 1002 ވަނަ މާއްދާގެ (ހ)، 1003 ވަނަ މާއްދާގެ (ށ) އަދި (ނ)، 1005 ވަނަ މާއްދާގެ (ހ)، 1101 ވަނަ މާއްދާ، 1202 ވަނަ މާއްދާގެ (ހ)
- ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ)
- ހައިކޯޓު 2011/HC-A/190 (ޢާޞިމާ އަޙްމަދު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް)
- ހައިކޯޓު 2016/HC-A/518 (ޢަބްދުﷲ ޒިޔާތު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް)
- ސުޕްރީމް ކޯޓު 2013/SC-A/20 (އާމިނަތު ނާޒްލީ ވ. ސީގޭޓް ދަ އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑް)
- ސުޕްރީމް ކޯޓު 2014/SC-A/19 (ޝަރުމީލާ ޝަރީފް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް)
ޝަރީޢަތުގެ ވީޑިއޯ
ހައިކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.