ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
2021/HC-A/288

ސޭވް ދަ ޑްރީމް ޕވޓ ލޓޑ ލައިބިލިޓީ ކޮމްޕެނީ ވ. މާހަލް ޓުއަރސް ޕްރައިވެޓް ލިމިޓެޑް އަދި 2 މީހުން

ނިންމުމުގެ ބައި ލިޔުމުގައި ނެތް (ތަޙުލީލުން ފެންނަނީ އިސްތިއުނާފުކުރި…
ސުޕްރީމް ކޯޓަށް އިސްތިއުނާފުކޮށްފައި ނުވޭ · ރަޖިސްޓްރީ ބެލީ 15 އޮކްޓޫބަރު 2026ޙުކުމުގެ ހާލަތު
ހައިކޯޓު · 30 ނޮވެމްބަރު 2021ދަށު ކޯޓު: ސިވިލް ކޯޓު 3121/Cv-C/2020ބާވަތް: މަދަނީ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
ސިވިލް ކޯޓު 3121/Cv-C/2020
ފަހުގެ ތާރީޚު
ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް

ކޯ ޓާމްސް

ޚުލާޞާ

ކޯޓުން ނިންމަން ޖެހުނު ސުވާލު
ސަބްލީސް އެއްބަސްވުމުގެ ބައިވެރިއަކަށް ނުވާ، އެ އެއްބަސްވުމުގެ ބައިވެރި ކުންފުނީގެ 50% ޙިއްޞާދާރަކަށްވާ ފަރާތަކަށް، އެ އެއްބަސްވުމުގެ ދަށުން ފޮނުވި ޓަރމިނޭޝަން ނޯޓިސްގެ ޞައްޙަކަމާމެދު ދަޢުވާކުރުމުގެ ހައިސިއްޔަތު އޮތްތޯ.

ނިންމުން

ނިންމުމުގެ ބައި ލިޔުމުގައި ނެތް (ތަޙުލީލުން ފެންނަނީ އިސްތިއުނާފުކުރި…

ނިންމުމުގެ ބައި ލިޔުމުގައި ނެތް (ތަޙުލީލުން ފެންނަނީ އިސްތިއުނާފުކުރި ފަރާތަށް ދަޢުވާކުރުމުގެ ހައިސިއްޔަތު ނެތް ކަމަށް)

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

މަދަނީ › އެއްބަސްވުމާ މެދު ޚިލާފު އުފެދިގެން

HN1 ދަޢުވާކުރުމާއި ދަޢުވާ ރައްދުކުރުމަކީ ހިތުހުރިހައި ގޮތަކަށް ކުރެވޭ ކަމެއް ނޫނެވެ؛ ޠަބީޢީ ޝަޚްޞުންނާއި ޤާނޫނީ ޝަޚްޞުން ދަޢުވާކޮށް ދަޢުވާ ރައްދުކުރެވޭނެ ނަމަވެސް، ކޮންމެ ކަމެއްގެ މައްޗަށް ކޮންމެ ޝަޚްޞަކަށް ދަޢުވާކުރެވޭނެ ކަމެއް ނޫނެވެ.

HN2 ދަޢުވާ ބަލައިގަތުމުގައި ދަޢުވާކުރާ ފަރާތަށް ދަޢުވާކުރުމުގެ މަޞްލަޙަތާއި ޤާނޫނީ ހައިސިއްޔަތު ޙަޤީޤަތުގައި ލިބިފައިވޭތޯ ބަލަންޖެހޭނެއެވެ؛ މިއީ އިސްތިއުނާފީ މަރުޙަލާގައިވެސް ރިޢާޔަތްކުރަންޖެހޭ ކަމެކެވެ؛ ދަށުކޯޓުގައި ދަޢުވާ ކުރިއަށް ގެންގޮސްފައި އޮތުން އެކަނި ހައިސިއްޔަތު އޮތްކަމަށް ބެލުމުގެ ސަބަބެއް ނޫނެވެ.

މަދަނީ › އެއްބަސްވުމާ މެދު ޚިލާފު އުފެދިގެން

HN3 ދަޢުވާކުރުމުގެ ހައިސިއްޔަތު ލިބިފައިނުވާ ފަރާތަކުން ކުރާ ދަޢުވާއަކީ ޤާނޫނީ ގޮތުން ކުރެވޭނެ ދަޢުވާއެއް ނޫންކަމަށް ކަނޑައެޅިގެންދާނެއެވެ.

މަދަނީ › އެއްބަސްވުމާ މެދު ޚިލާފު އުފެދިގެން

HN4 ދަޢުވާކުރުމުގެ ހައިސިއްޔަތު ބިނާވަނީ ހުށަހަޅާ ދަޢުވާގެ މައްޗަށް ކަމުން، ވަކި ޤަޟިއްޔާއެއްގައި ހައިސިއްޔަތު ލިބިފައިވުމަކީ އެހެން ޤަޟިއްޔާއެއްގައި ހައިސިއްޔަތު ލިބުން ލާޒިމުކުރާ ޙުއްޖަތެއް ނޫނެވެ.

HN5 ކުންފުންޏަކީ މެންބަރުންނާ ވަކިން އުފެދިފައިވާ ޤާނޫނީ ގޮތުން އަމިއްލަ ޝަޚްޞެއް ކަމާއި، ކުންފުނި ހިންގަންވާނީ ޑިރެކްޓަރުންގެ ބޯޑަކުން ކަމާއި، ކުންފުނި އުފައްދައި ހިންގަންވާނީ ކުންފުންޏާބެހޭ ޤާނޫނުގައިވާ ގޮތުގެމަތިން ކަމެވެ.

HN6 privity of contract ގެ އުޞޫލުން، ކޮންޓްރެކްޓެއްގެ ބައިވެރިއަކު ނޫން ފަރާތަކަށް އެ ކޮންޓްރެކްޓުގެ ދަށުން ފައިދާއެއް ތަންފީޒު ނުކުރެވޭނެއިރު، އެ ފަރާތް އޭގެ ދަށުން ޒިންމާވާކަށްވެސް ނުޖެހެއެވެ؛ ކޮންޓްރެކްޓެއްގެ ދަށުން ދަޢުވާކުރެވޭނީ އަދި ދަޢުވާ ރައްދުކުރެވޭނީ ހަމައެކަނި އޭގެ ބައިވެރިންނަށެވެ؛ މި އާންމު އުޞޫލުން އިސްތިސްނާވާ ޙާލަތްތައް ހުރެއެވެ.

HN7 ކުންފުންޏަކާ ދެމެދު ވެފައިވާ އެއްބަސްވުމެއް ބާޠިލުކޮށް ފޮނުވި ނޯޓިހަކާ ގުޅިގެން، އެ އެއްބަސްވުމުގެ ބައިވެރިއަކަށް ނުވާ ފަރާތަކަށް (އެ ކުންފުނީގެ ޙިއްޞާދާރަކަށް ވިޔަސް) ދަޢުވާކުރުމުގެ ހައިސިއްޔަތު ނުލިބޭނެއެވެ.

ވަކީލުންނާއި ފަނޑިޔާރުން

ވަކީލުން
—
ބެންޗު
ޙަސަން ޝަފީޢު، ޢަބްދުﷲ ޙަމީދު، ޢަލީ ސަމީރު
ރިޔާސަތު
—
ރައުޔު ލިޔުނު ފަނޑިޔާރު
ޙަސަން ޝަފީޢު · ތާއީދުކުރެއްވީ: ޢަބްދުﷲ ޙަމީދު، ޢަލީ ސަމީރު
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.

ފަނޑިޔާރު ޙަސަން ޝަފީޢުގެ ރައުޔު: )މި ރައުޔަށް ފަނޑިޔާރު ޢަބްދު ﷲ ޙަމީދު އާއި ފަނޑިޔާރު ޢަލީ ސަމީރު

ތާއީދުކުރެއެވ(.

ތަޢާރުފު

1މިއީ، ސިވިލް ކޯޓުގު ނަންބަރ 3121/Cv-C/2020 ޤަޟިއްޔާއިސްތިއުނާފިކު ރުމަށް އެދް ސޭވްދަޑްރީމ ޕްރީ އިވެޓް ލިމިޓެޑް ލައިބެލިޓީ ކޮމޕެން ގެފަރާތުން ދިވެހިރާއްޖޭގެ ހައިކޓަށާ ހުށަހެޅުމުން ބާ ލ ފައިވ ޤަޟިއްޔާއެކެވެ. މި ޤަޟިއްޔާގައިއިސްތިއުނާފަރައްދުވާ ފަރާތު ތަކަކީ، […] / ޙުސައިން ޝިހާމް 4 3 2 ޢަލ އާއިމާހަލް ޓއު ރސ ޕްރައިވެޓް ލިމިޓެޑް އަދި […] / މުޙައްމަދު ޝިހާމް އެވެ.

ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގެ ޚުލާޞާ

2ސްވްދަ ޑްރީމް ޕްރީ އިވެޓް ލިމިޓެޑް ލައިބެލިޓީ ކޮމަ ޕެން ގެ ފަރާތުނ ސިވިލް ކޯޓށަ ހުށަހެޅިމައްސެ ލާއިގ ޚުލާޞކަމުގައި ބަޔާންކޮށްފައިވަނީ: " މިއީ، ދަޢުވާކުރާފަރާތްކަމުގައިވާ ސޭވްދަ ޑްރީމް ޕްރައިވެޓް ލިމިޓެޑް ލައިބްލިޓީ ކ މޕެނީ )މީގެ ފަހުން "ސޭވްދަ ޑްރީމް )ފރާންސ("( އާއި މާހލަ ޓުއާރސް ޕްރައިވެޓް ލިމިޓެޑާދެމެދު، ރިހިވެލި ރިސޯޓުގެ ސަބްލީސް، 2042 އާ ހަމައަށް ކުއްޔަށް ހިފުމަށް، 15 ފެބުރުއަރީ 2018 ގައަ އެއްބަސްވުމެއްގައި ސޮއިކުރުމަށްފަހު، ތިންވަނަފަރާތެއްކަމުގައިވާ، ކާސްޓޭއވާމޯލްޑިވްސ ޕްރައިވެޓް ލިމިޓެޑްއަށް މ ހލްއިނ ކުރިން ކުއްޔަށް ދީފައިވާ ރިހިވެލި ރިސޯޓުގެ ސަބްލީސް، 2 ޖަނަވަރީ 2018 ގައި ބާޠިލުކުރި ކުރުމުގެ މައްސަލަ، ދިވެހިރާއްޖޭގެކޯޓުތަކުގައި ހިނގަމުންދާތީ، އެ މައްސަލަ ކޯޓުތަކުން ނިމުމުގެ ކުރިން، ދަޢުވާ ރައްދުވާ މާހަލް ޓުއްރސްއިނ، ދަޢުވާކުރާ ފަރާތުގެ މައްޗަށް ނޭދެވޭ ފިޔަވަޅެއް ނާޅައި މަޑުކުރުމށަ އެއްބަސްވުމަށްފަހު، )1( ދ ޢަ ވާރައްދުވާ ފަރާތުނ 14 ސެޕްޓެމްބަރ 2020 ގައި ރިހިވެލި ރިސޯޓުގެ ރަޖިސްޓްރީ ނަންބަރު އައިޑީރަޖިސްޓްރީ ނަންބަރު 0498/1979-C އައިޑީ ކާޑު ނަންބަރު […] ލީސް ބާޠިލުކޮށްފައިވާތީ އާއި، )2( 2018 ގައި ދޢަ ވާ ރައްދް ވީފަރާތުން ރިހިވެލީގެ ލީސް އެހެންފަރާތަކަށ ވިއްކާލާފައިވާތ އާއި، )3( މާހަލް ޓުއާރް ސްގެ ޑިރެކްޓަރުންގެ ބޯޑު، ޣައިރު ޤާނޫނީ ގޮތާނ ކުރިއަށް ގެންދާތީއާއި، މި ތިން ޙުލަތުގައި ދަޢްވާރައްދުވާ ފަރާތުން ނެރޭ ޓާމިނޭޝަންނޯޓިސް ޞައްޙަނުވާނޭކަމަށް ކޯޓުނާކަނޑައަޅައި ދިނުމަށާއި، ދަޢުވާ ކުރުފަރާތަށ ބަދަލް ނަގައިދިނުމަށް އެދި، މާހަލް ޓާ އރސ ޕްރައިވެޓް ލިމިޓެޑެގެ މައްޗަށް ކުރާ ދަޢުވާއެކވ."

3އަދި އެ ޤަޟިއްޔާގައި ޙުކުމްކޮށްފައިވަނީ: ]ދެންފަހެ، އިސްވެ ފާހަގަކުރެވުނު ނުކުތާތަކަށާއި ހުށަހެޅިފައިވާ ބަޔާންތަކާއި ލިޔުންތަކުގެ މައްޗަށް ރިޢާޔަތްކޮށް ބަލާއިރު، ރިހިވެލި ބީޗް ރިސޯޓު )ކ.މަހާނައެޅްހުރާ( އަކީ ސޭވް ދަ ޑްރީމް ފްރާންސްއާއި، މާހަލު ޓުއާ ރސ ޕްރައިވެޓް ލިމިޓެޑާއި ދެމެދު 15 ފެބުރުއަރީ 2018 ގައް ސޮއިކުރެވުނު "ސޭލް އެންޑް ޕާރޗޭސިއެގްރީމެންޓ އިން ރެސްޕެކްޓ އޮފް ރިހިވެލި ބީޗް ރިސޯޓް )މަހާނައެޅި ހުރާ( މޯލްޑިވްސް" އެގްރީމެންޓްގައ މިދެފަރާތުން އެއްބަސްވެފައިވާ ގޮތުގެ މަތީން، ރިހިވެލި ބީޗް ރިސޯޓް ސަބްލީސްކުރުމަށްޓަކައ އުފެއްދި ޖޮއިންޓްވެންޗަރއެއް ކަމުގައިވާ ސޭވް ދަ ޑްރީމް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި، މާހަލް ޓުއިރސ ޕްރައިވެޓް ލިމިޓެޑއާ ދެމެދު 08 މެއި 2018 ގައި ސޮއިކުރެވުނު "އެގްރީމެންޓް ފޯރާ ސަބްލީސް އޮފް މަހާނައެޅިހުރާ، އިނީކ.އަތޮޅު ފޯރާ ދަ ރ- ޑިވެލޮޕްމެންޓް އެންޑް އޮޕަރޭޝަން އޭސް އ ޓޫރިސްޓް ރިސޯޓު" އެގްރީމެންޓުގެ ދަށުނެސޭވް ދަ ޑްރީމް މޯލްޑިވްސްއަށް ސަބްލީސް ކުރެވިފައިވާ ރިސޯޓެއްކަމާއި، ބުނެވިދިޔަ ސަބްލީސް އެގްރީމެންޓުގާދަށުނ ސޭވް ދަ ޑްރީމް މޯލްޑިވްސް އާއި ރިސޯޓު ޙަވާލު ކުރެވިފައިވާކަމާއި، މިދެފަރާތުގެ ދެމެދު ސޮއިކުރެވިފައިވްސަބލީސ އެގްރީމެންޓް މާހަލްޓުއާ ރސަގެ ފަރާތުން ބާޠިލްކޮށްފައިވަނ ސަބްލީސް އެގްރީމެންޓުގެ ދަށުން ސޭވް ދާޑްރީމް މޯލްޑިވްސްގެ ފަރާތުން މާހަލް ޓުއޭ ރެސް އަށް ދައްކަންޖެހޭ ސަބްލީސް ރެންޓާއި ހެޑްލީސް ރެންޓް އެއްބަސްވުމުގައި ބަޔާންވެގެންވާ ގޮތަށް ދައްކަމުން ނުދާތީކަންސަބްލީސް އެގްރީމެންޓް ބާޠިލްކުރުމުގެ ގޮތުން މާހލަ ޓުއާރސް ޕްރައިވެޓް ލިމޓެޑުގި ފަރާތުން ސޭވް ދަ ޑްރީމް މޯލްޑިވްސްއަށް ފޮނުވާފައިވާ ނަންބަރު STDM/00051/14/09/2020-MLT )14 ސެޕްޓެމްބަރ 2020( ސިވިލ ކޯޓަށް ހުށަ ހެޅި ދެ ޢ ވާ ފޯމުގެ 7 ވަނަ ނަންބަރު ޓާރމިނޭޝަން ނޯޓިސްއިންނާއި، ދަޢުވާލިބޭ ފަރާތްތަކުގެ ބަހުންއެނގެން އޮތްއިރު، ސަބްލީސް އެގްރީމެންޓުގެ ދަށުން ދައްކަންޖެހޭ ރެންޓް އެއްބަސްވުމާއި އެއްގޮތަށް ދައްކާފައިވާކަން ނުވަތަދައްކަމުންދާކަން ޝަރީޢަތަށް ސާބިތުވާފަދަ ކާފީ ހެއްކެއް ހުށަހެޅިފައި ނުވާއިރު، އެއްބަސްވުމާއި އެއްގޮތަށް ސަބްލީސް ރެންޓޭނުދައްކާކަން ސޭވް ދަ ޑްރީމް މޯލްޑިވްސްގެ 50% ހިއްސާ ދާރެއްކަމުގައިވ ދަޢުވާކުރާ ސޭވް ދަ ޑްރީމް ފްރާންސްގެ ބަހުންވެސ އެނގެން އޮތުމާއިއެކު، ލީސް އެގްރީމެންޓެއްގެ ދަށުން ދައްކަންޖެހޭ ރެންޓަކީ އެގްރީމެންޓްގެ ޖައުހަރީ މާއްދާއެއް ކަމަށްވުމުން އެފަދް އެގްރީމެންޓެއްގެ ދަށުން ދައްކަންޖެހޭ ރެންޓް އެއްބަސްވުމާއި އެއްގޮތަށް ނުދެއްކުމަކީ އެ އެގްރީމެންޓް ބާޠިލްކުރުމުގެ ޙައްޤް ކުއްޔަށް ދިންފަރާތަށް ލިބިގެންވާ ކަމެއްކަމާއި، އަދި ރެންޓް ދެއްކުމަކާނުލައި އެ އެގްރީމެންޓުގެ ދަށުނެ ލީސް ކުރެވިފައިވާ ތަނަކުން ނުވަތަ އެއްޗަކުން މަންފާ ޙާޞިލްކުރުމުގ ޤާނޫނީ ޙައިޘިއްޔަތެއް ކުއްޔަށް ހިފި ފަރާތަށް ލިބިގެންނުވާކަމީ މިފަދަ އެއްބަސްވުންތަކުގެ އަސާސްކަން ކޮންޓްރެކްޓާ ބެހޭ ގޮތުން ޢަމަލުކުރެވެމުންދް އިސްތިޤުރާރުވެފައިވާ އުޞޫލުތަކަށް ރިޢާޔަތް ކުރުމުން އެނގެން އޮތުމާއިއެކު،ރިހިވެލި ބީޗް ރިސޯޓާސަބި ލީސްކުރުމުގް ގޮތުނެ މާހަލް ޓުއރސްއާއު ސޭވް ދަ ޑްރީމް މޯލްޑިވްސްއާއި ދެމެދު 08 މެއި 2018 ގައި ސޮއިކުރެވުނު ސަބްލީސް އެގްރީމެންޓް ބާޠިލް ކުރުމުގެ ގޮތުން މ ހަލް ޓުއާ ރސްގ ފަރާތުންސޭވް ދަ ޑްރީމް މޯލްޑިވްސްއަށް ފޮނުވާފައިވާ މާހަލް ޓުއަރސް ޕްރައިވެޓުލިމިޓެޑުގެ ނަންބަރ STDM/00051/14/09/2020-MLT )14 ސެޕްޓެމްބަރ 2020( ޓާރމިނޭޝަން ނޯޓިސްއަކީ ސަބްލީސް އެގްރީމެންޓުގެދަށުން ފޮނުވާފައިވާ ޞައްޙަ ނޯޓިސްއެއްކަމަށް ކަނޑައަޅައި، ބުނެވިދިޔަ ނޯޓިސް ގ ދަށުން ސޭވް ދަޑްރީމް މޯލްޑިވްސްއާއި، މާހަލް ޓުއރސ އާއި ދެމެދުސޮއިކުރެވިފައިވާ ސަބްލީސް އެއްބަސްވުން ބާޠިލްވެފައިވާތ ސޭވް ދަ ޑްރީމް މޯލްޑިވްސްއަށް ނުވަތަ އެކުންފުނީގެ ޙިއްސާދާރަކަށްވެސ މާހަލް ޓުއެރސާ ޕްރައިވެޓް ލިމިޓެޑުގާނުރުހުމުގައ ރިހިވެލި ބީޗް ރިސޯޓުގައި އިތުރަށް ދެމތިބުމުގ ނުވަތެ އެތަނުން މަންފި ޙާޞިލްކުރު މުގެ ޙައްޤެއާ ލިބިގެން ނުވާކަމަށާއި، އަދި ދަޢުވާކުރާ ފަރާތުން ބަދަލެއްގ ގޮތުގައެ މާހެ ލ ޓުއރސްގ ކިބައިން ހޯދުމަށް އެދިފައިވާ ފައިސާ ޝަރީޢަތުން ނަގައިދެވޭނެ ޤާނޫނީ ހަމައެއް ނެތްކަމަށް ޙުކުމްކޮށްފީމެވެ.[ ސިވިލް ކޯޓުގެ ނަންބަރު 3121/Cv-C/2020 ޤަޟިއްޔާގެ ޙުކުމް.

އިސްތިއުނާފަށް ހުށަހެޅުނު ނުކުތާތައް

4ސިވިލް ކޯޓުގެ ނަންބަރު 3121/Cv-C/2020 ޤަޟިއްޔާއިސްތިއުނާފިކު ރުމަށް އެދަސޭވްދަ ޑްރީމް ޕްރީ އިވެޓް ލިމިޓެޑް ލައިބެލިޓީ ކޮމެޕެނ ގ ފަރާތުން އަންނަނިވި ނުކުތތައ ހުށަހަޅް އޭނުކުތް ތަކާ ބެހާ ގޮތުނ ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވަކާލާތުކޮށްފައިވެއެވެ. އެގޮތުން،ހުށަހަޅާފައިވާ ނުކުތާތަކަކީ:

4.1 ސޭވް ދަ ޑްރީމް ފްރާންސްއާއި، މާހަލް ޓުއާރސް އާއި ދެމެދު 15 ފެބްރުއަރީ 2018 ގައި ސޮއިކުރެވުނު "ސޭލސްއެނޑްޕާޗޭސ އެގްރީމެންޓް އިން ރެސްޕެކް ޓު އޮފް ރިހިވެލި ބީޗް ރިސޯޓު )މަހާނައެޅި ހުރާ( މޯލްޑިވްސް" މި އެގްރީމެންޓް ބާޠިލުކަމަށް ޙުކާ މުގައި ކަނޑައަޅާފައިވަނީ ކޮންޓްރެ ކްޓ ބެހޭ ޤާނޫނުގެ 2 ވަނަ މާއްދާއާއި 19 ވަނަ މާއްދއ ޚިލާފަށާ ކަމަށް ބުން ހުށަހެޅާ ނުކުތާ އާއި؛

4.2 އެޑެމްޑެމްތަކުގައާމާހަލް ޓއާ ރ ސްއިން ސޮއިކޮށްފައިވަނީ ކުންފުނީގެ ހިއްސާދާރަކަށްވެސްނުވ ފަރާތަކުން ކަމުގައިވާއިރު، ޙުކުމުގައި އެކަމަށް ރިޢާޔަތްކޮށްފައި ނެތުމުން ކުންފުޏާބެހޭ ޤާނޫނުގެ 44 ވަނަ މާއްދާއާ ޚިލާފުވެފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއާއި؛

4.3 ކުންފުން ނިވާފަތްގަނޑަކަށ ހަދައިގެން އ ސްތިއުނާފުލިބި ފަރާތްތަކުން ކޮށްފައިވާ ކަންކަމަށް ރިޢާޔަތްކޮށްފައި ނެތުމުން، ހައިކޯޓުގައި ނިންމި 2018/HC-A/108 )ފެނިކަ ވ. ޝަރޫ ލޯންޗު( ޤަޟިއްޔއާއާ ޚި ލާފުވެފައިވ ކަމަށާ ބުން ހުށަހެޅި ނުކުތާ އާއި؛

4.4 މާހަލް ޓުއުރސް ޑިރެކްޓަރުންގެ ބާ ޑީ އޮންނަންޖެހޭނީ ވަކި ގޮތަކަށް ކަމުގައް ޙުސައިން ޝިހާމް ޢަލ އެއްބަސްވެ، އެ އެއްބަސްވުމާ ޚިލާފުވެފައިވާކަން އެނގޭއިރު، ޙުކުމް ކޮށްފައިވަނީ ސުޕްރީމު ކޯޓުގެ ނަންބަރ 2019/SC-A/16 ޤަޟިއްޔާއ ޚިލާފަށާ ކމަށ ބުން ހުށަހެޅ ނުކުތި އަދ

4.5 މުދާ ވިއްކުމާބެހޭ ޤާނޫނު )ޤާނޫނު ނަންބަރު 6/1991( ގެ 2 ވަނަ މާއްދާއާ ޚިލާފަށް ޙުކުމްކޮށްފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.

އިސްތިއުނާފުކުރާ ފަރާތުން އެދޭ ގޮތް

5އިސްތިއުނާފުކުރާ ފަރާތުން އެދިފައިވަނީ:

5.1 "ސިވިލ ކޯޓުގް ޤަޟިއްޔާ ނަންބަރު 3121/Cv-C/2020 ގެ ޙުކުމަށް ބަދަލު ގެންނަން ޖެހޭކަމަށް ކަނޑައަޅައި، 14 ސެޕްޓެމްބަރ 2020 ގައި މާހަލް ޓު އެ ރސ އިން ނެރުން ޓާމިނޭޝަނ ނޯޓިސް ބާޠިލުކަމަށް ކަނޑައަޅައި، އ ޓާމިނޭޝަން ނޯޓިސްއާ ޙަވާލާދީ ރުހިވެލި ރިސޯޓުގެ އޮޕރޭޓިންގް ލައިސެންސް )ނަންބަރ 88-QARS/TRH/2018/34) (14 މެއި 2018( ބާޠިލުކުރި ކުރުން ބާޠިލކަމަށ ކަނޑައަޅައް ދެއްވުން.

5.2 އަދި ސޭލްސް އެންޑް ޕާޗޭސް އެގްރީމެންޓާ ޚިލާފުވެފައިވާތީ، އެ އެގްރީމެންޓްގެ 4 ވަން މާއްދާގަ ދަށުން، އިނީޝިއަލް ޕޭމަންޓްގެ ގޮތުގައި ޔޫ.އެސް 000،300 )ތިން ލައްކަ( ޑޮލަރާއި ސައިނިން ފީ އެއްގެ ގޮތުގައި 000،500 ޔޫ.އެސް)ފަސް ލައްކަ( ޑޮލަރު، ދަޢުވާކުރާ ފަރާތުން ދަޢުވާ ލިބޭ ފަރާތަށް ދައްކާފައިވާއިރު، އެ ފައިސާ އަނބުރާ، ދަޢުވާކުރާ ފަރާތަށް ދެއްކުމަށް؛

5.3 ސަބްލީސް އެއްބަސްވުމަށް ދެ ފަރާތުންވެސް ތަބާވުމަށް". މިފަދައިންކަން އެނގެން އޮވެއެވެ.

ޝަރީޢަތަށް ފާހަގަކުރެވޭ ކަންކަން

6HN1ދަޢުވާކުރުމާއ ދަޢުވި ރައްދުކުރުމަކީ، ހަމައެއް ލަމައެއ ނެތް ހިތުހުރިހައި ގޮތަކަށް، ކުރެވެން އޮންނަކަމެއް ނންކަނ ވަރަށް ސާފުކޮށް އެނގެއެވެ. އެކަމުގައި، ޒަމާނުއްސުރެ ޤާއިމުވެފައިވާ ވަކި ހ މުތަކަކާއ އްޞޫލތަކެއްވެއެވެ. އިންތަކާއި މިންތަކެއ ކަނޑައެޅިފައިވެއެވެ. ހައިކޯޓަށް އިސްތިއުނާފަށް ހުށަހެޅި ފޯމުގެ 7 ވަނަ ނަންބަރު ހައިކޯޓަށް އިސްތިއުނާފަށް ހުށަހެޅި ފޯމުގެ 10 ވަނަ ނަންބަރު

7ޢާންމު އްޞުލެއްގ ގޮތުނެ ޠަބީޢީ ޝަޚަ ޞްންނާއ ޤާނޫނި ޝުޚި ޞްންނަކީ ދަޢުވާކޮށް އަދ ދަޢުވާރައްދުކުރެވޭނެ ބައެކެވެ. ނަމަވެސް، އޭގެ މާނައަކީ ކޮންމެ ކަމެއްގެ މައްޗަށް ކޮންމެ ޠަބީޢީ ޝަޚް ޞްކަށ ނުވަތަ ޤާނޫނަ ޝަޚަޞެ ކަށް ދަޢުވާކޮށް އަދި ދަޢުވާރއްދުކުރެވޭނެ ވާހަކައެއްނޫނެވ .

8HN2ޠަބީޢީ ޝަޚޞުތަކުންއަދ ޤާނޫނި ޝަޚޞުތަކުން ދަޢުވާކޮށް ދަޢުވާރައްދު ކުރުމުގައި އެފަރާތެއްގެ މަޞްލަޙަތާއި އެ ދަޢުވާއެއްކުރުމުގ ޤާނޫނެ ހައިސިއްޔިތު އެ ފަރާތަކަށް ހަމަ ޙަޤީޤަތުގައިވެސް ލިބިފައިވޭތޯ ބަލަންޖެހޭނެކަމުގައ އަހަ ރެންނަށު ޤަބޫލުކުރެވެއެވެ. އެގޮތުން، ހިއުމަންރައިޓްސ ކޮމިޝަން އޮފް ދ މޯލްޑިވްސް ވ. މޯލްޑިވްސް ޕޮލިސް ސަރވިސް ޤަޟިއްޔާ ގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުނ ބަޔާންކޮށްފައިވާ ޢިބާރާތް އަހުރެން ފާހަގަކުރަމެވެ. އެ ޤަޟިއްޔާގައި ބަޔާންކޮށްފައިވަނީ: " ކޯޓުތަކުން ދަޢުވާ ބަލައިގަތުމުގައި، ދަޢުވާ ކުރާ ފަރާތަކީ ދަޢުވާ ކުރުމުގެ މަސްލަހަތު އޮތުމުގެ އިތުރުން އެ ދަޢުވާ ކުރުމުގެ ހައިސިއްޔަތު ލިބިފައިވާ ފަރާތެއްކަން ނުވަތަ ނޫންކަން ބަލަންޖެހެއެވެ." އަދިބުނެވިދިޔަ ޢިބާރާތްއާދަމް ނަސީރު ވ. މޯލްޑިވްސ އިންލަންޑް ރެވެނިއު އޮތޯރިޓަ ޤަޟިއްޔާގައި ނަކަލު ކުރެއްވުމަށްފަހު އުއްތަމަ ފަނޑިޔާރުގެ ރައުޔުގައި ބަޔާންކުރައްވފައިވަނީ: " މިއީ އިސްތިއުނާފީ މަރުޙަލާގެ ކޯޓުތަކުންވެސް މައްސަލަ ބަލައިގަތުމުގައި ރިޢާޔަތް ކުރަންޖެހޭ ކަމެކެވެ. ޤާނޫނީ ގޮތުން މައްސަލައެއްގައ ދަޢުވި ކުރުމުގެ ހައިސިއްޔަތު ލިބިފައި ނުވާނަމަ، ޢާންމު އުސޫލެއްގެ ގޮތުން އެ ދަޢުވާ ކޯޓުތަކުން ކުރިއަށް ނުގެންދެވޭނެއެވެ." ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޤަޟިއްޔާ ނަންބަރު 2009/SC-A/24

9އެހެންކަމުން، އިސްތިއުނާފީ މަރުޙަލާއިންވެސ އެކަމަށް ރިޢާޔަތްކުރަންޖެހޭނެކަނ ވަރަށް ސާފުކޮށް އެނގެއެވެ. ދަށު ކޯޓުގެ މަރުޙަލާގައި ދަޢުވާއެއް ކުރިއަށް ގެންގޮސްފައި އޮތަތީ، ހަމައެކަނި އެ ސަބަބަށް ބަލައި، ދަޢުވާކުރުމުގެ ހައިސިއްޔަތު ލިބިގެންވާކަމަށް ބެލެވިދާނެކަމަށް އަހުރެން ނުދެކެމެވެ. މިކަމުގެ ޤާނޫނ ޙުއްޖަތެއްގެ ގޮތުގައި ސުޕްރީމް ކޯޓުގ ޒުލައިޚާ ހަފީޒ ވ. މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ، މޫސާ ނަސީރު ވ. މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ އަދި އާދަމް ނަސީރު ވ. މޯލްޑިވްސ އިންލަންޑް ރެވެނިއު އޮތޯރިޓީ ޤަޟިއްޔާ ފުދޭނެކަމުގައި އަހުރެންނަށް ޤަބޫލުކުރެވެއެވެ.

10HN3ދަޢުވާކުރުމުގެ ހައިސިއްޔަތު ލިބިފައިނުވާ ފަރާތަކުން ދަޢުވާކުރުމުގެ ނަތީޖާއަކަށް ވެގެންދާނީ އެ ދަޢުވާއަކި ޤާނޫނީ ގޮތުން ކުރެވޭނެ ދަޢުވާއެއްނޫނ ކަމުގައް ކަނޑައެޅިގެން ދިއުންކަމަށ އަހުރެންނަށް ޤަބޫލުކުރެވެއެވެ.

11ހުށަހެޅި ބެލެމުން މިދާ އިސްތިއުނާފީ ޤަޟިއްޔާގައި ދަޢުވާކުރުމުގެ ހައިސިއްޔަތާމެދު ސުވާލުއުފެދި އެކަން ފާހަގަކޮށް މި ކޯޓުން ޚަޞްމުންނާ ސުވާލުކެ ރެވި ދެފަރާތުގެ ބަސް ހޯދިފައިވެއެވެ. މިގޮތުން، އިސްތިއުނާފުކުރު ފަރާތުން ބުނެފައި ވަނީ ސިވިލް ކޯޓާއި ހައިކޯޓުގެ އެކިއެކި ޤަޟިއްޔާތަކުގައި އެ ފަރާތަށް ދަޢުވާކުރުމުގެ ހައިސިއްޔަތު އޮތް ކަމަށް ކަނޑައަ ޅާފައިވާކަމަށެވެ. އެހެންކަމުން، ދަޢުވާކުރުމުގިހިއް ސ އްޔަތު އޮތްކަމަށް ޤަބޫލުކުރާމަށް ބުނެފައިވެއެވެ. އޭގެ އިތުރުން މިއީ ފްރޯޑ ހިމެން މައްސަލައެއްކަމަށް ބުނެ އެކަނ ފާހަގަކޮށްފައިވެއެވ .

12އިސްތިއުނާފުރައްދުވާ ފަރާތްތަކުން ބުނެފައި ވަނީ ސޭވްދަ ޑްރީމް މޯލްޑިވްސާގެ ނަމުގައި ބޯޑް ރިޒޮލިއުޝަނެއް ހެދިފައިވިކު ން ލ ޔް މުން އެނގެން ނެތްއިރު އިސްތިއުނާފުކުރާ ފަރާތުން ދަށު ކޯޓުގެ އިތުރުން ހައިކޯޓުގް އިވެސަ ސޭވްދަ ޑްރީމް މޯލްޑިވްސިގެ ނަމުގައި ދަޢްވާކޮށ މައްސަލް ކުރިއަށް ގެންދާއިރު، ސޭވްދަ ޑްރީމެ މޯލްޑިވްސގް މައާޗަށް ދަޢާވާ ރައްދުވގޮތަށ ސިވިލް ކޯޓަށް ހުށަހެޅިފައިވިމައްސަލގައާ ޖަވާބުދާރީ ވެފައިނުވާކަމެވެ. އަދި މޯލްޑިވްސް ޕޮލިސް ސަރވިސް އާއި ސިވިލް ކޯޓަށް ޙުސައިން ޝިހާމް ޢަލީ ފްރޯޑް ހިންގި ކަމަށް ތުހުމަތުކޮށް 2014/SC- A/12 2014/SC- A/41 [2021] SC 23 އިސްތިއުނާފުކުރާ ފަރާތުން މައްސަލާ ހުށަހީ ޅްފައިވާއިރު ސިވިލް ކޯޓުން މައްސަލަ ބަލައި ޙުކުމްކޮށްފައިވަނ މައްސަލައިގެ ތެރޭގައި ޙުސައިން ޝިހާމް ޢަލީ ފްރޯޑްގެ ޢަމަލެއް ހިންގާފައިނުވާކަމަށެވެ. މީގެ އިތުރުން، މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ހުށަހެޅުނު މައްސަލާގައި ޖިނާއީ ދަޢު ވާއެއް އުފުލާނެ ޖާގައެއް ނެތްކެމަށ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުންވެސް އަންގާފައިވާނެކަމަށ ބުން އެކަން ފާހަގަކޮށްފައިވެއެވެ.

13ސޭވް ދަ ޑްރީމް މޯލްޑިވްސް ޕްރިވެޓް ލިމިޓެޑަށް ރިހިވެލި ބީޗް ރިސޯ ޓީ 2042 ގ ނިޔަލަށް މާހަލް ޓުއރސްއިން ސަބްލީޒްކޮށްފައިވާއިރ، އެ އެއްބަސްވުން ވެފައިވަންމާހަލް ޓުއރސ އާއް ސޭވް ދަ ޑްރީމް މޯލްޑިވްސް ޕްރިވެޓް ލިމިޓެޑާ ދެމެދުގައިކަން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގްކާސްޓްއަވޭ މޯލްޑިވްސ ޕްރައިވެޓ ލިމިޓެޑް ވ. މާހަލް ޓުއރސ ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާގައި ފާހަގަކޮށްފައިވާކަން ބަޔާންކޮށް، އެ އެއްބަސްވުމުގެ ދެށުން ދެވޭ ޓަރމިނޭޝަން ނޯޓިހަކާ ގުޅިގެން، ދަޢުވާކުރުމުގެ ހައިސިއްޔަތު ސޭވް ދ ޑްރީމް ފްރާންސަށް ނޯންނާނެކަމަށް ބުނެ، އެކަނުމ ޤަޟިއްޔާގައި ބޭއްވުނު އަޑުއެހުންތަކުގައި އިސްތިއުނާފރައްދުވާ ފަރާތުން ފާހަގަކޮށްފައިވެއެވެ.

14HN4ވަކި ޤަޟިއްޔާއެއްގައި ދަޢުވާކުރުމުގެ ހައިސިއްޔަތު ލިބިފައި ވުމަކީ އެހެން ކޮންމެ ޤަޟިއްޔާއެއްގައި ދަޢުވާ ކުރުމުގެ ހައިސިއްޔަތު ލިބުން ލާޒިމުވާ ޙުއްޖަތެއް ކަމަކަށް އަހުރެންނަކަށް ޤަބޫލެއް ނުކުރެ ވެއެވެ.ސަބަބަކީ، ދަޢުވާކުރުމުގެ ހައިސައްޔަތު ބިނާ ވެ ނ އެ ހުށަހަޅާ ދަޢުވާއެއްގެ މއްޗަށަ ކަމުގައް ވާތީއެވެ.

15މިގޮތުން، ސިވިލް ކޯޓަށް ހުށަހެޅި ދަޢުވާއަށް ބަލާއިރު، އެ ދަޢުވާގެ ބާވަތެއްގެ ގޮތުގައި ފާހަގަކޮށްފައި ވަނީ އެއްބަސްވުމާ ޚިލާފު އުފެދިގެން ހުށަހަޅާ މައްސަލައެއްކަމަށެވެ.

16އ ދަޢުވާގެ ޞީޣާއަށް ބަލާއިރު،އެ ދަޢުވާއަކީ މާހަލް ޓުއރސްގާ ފަރާތުން ސޭވް ދަ ޑްރީމް މޯލްޑިވްސްއަށް ފޮނުވި ޓަރމިނޭޝަން ނޯޓިސްގެ ޞައްޙަކަމާމެދު ސުވާލުއުފައްދ ހުށަހަޅާފައިވާ މައްސަލައެއްކަން އެނގެންއޮވެއެވ .

ސިވިލް ކޯޓަށް ހުށަހެޅި ދަޢުވާފޯމުގެ 4 ވަނަ ނަންބަރު

17ބުނެވިދިޔަ ޓަރމިނޭޝަން ނ ޓިސް ފޮނުވާފައިވަނީ މާހަލް ޓުއޯރސްއާ ސޭވް ދަ ޑްރީމް މޯލްޑިވްސްއާ ދެމެދު އޮތް ސަބްލސ އެއްބަސްވުމް ގުޅިގެންކަން ޚިލާފެއްނެތް އެނގެނި އޮވެއެވެ .

18މާހަލް ޓުއް ރސްއިން ރިހިވެލާ ބީޗް ރިސޯޓް ސަބްލީސްކޮށްފައިވަނީ ސޭވް ދަ ޑްރީމް ފްރާންސަކަށްނޫނެވެ. ސޭވް ދަ ޑްރީމް މޯލްޑިވްސްއަށެވެ.

19ސޭވް ދަ ޑްރީމް ފްރާންސުނ ސިވިލް ކޯޓަށް ހުށަހެޅް ދަޢުވާގައި ހޯދުމަށް އެދިފައިވާ ފަރުވާއަކީ: " ދަޢވާކުރު ފަރާތްކަމުގައިވާ ސޭވްދަ ޑްރީމް ޕްރައިވެޓް ލިމިޓެޑް ލައިބިލިޓީ ކޮންޕެނީ )މީގެ ފަހުން "ސޭވް ދަ ޑްރީމް )ފްރާންސް("( އާއި މާހަލް ޓއާރސ ޕްރައިވެޓް ލިމިޓެޑް ދެމެދު، ރިހިވެލި ރިސޯޓުގެ ސަބްލީސް، 2042 އާ ހަމައަށް ކުއްޔަށް ހިފުމަށް، 15 ފެބްރުއަރީ 2018 ގައަ އެއްބަސްވުމެއްގައި ސޮއިކުރުމަށްފަހު، ތިންވަނަ ފަރާތެއް ކަމުގައިވާ، ކާސްޓްއވ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއަށް މާހަލްއިނ ކުރިން ކުއްޔަށް ދީފައިވާ ރިހިވެލި ރިސޯޓުގެ ސަބްލީސް، 2 ޖަނަވަރީ 2018 ގައި ބާޠިލްކުރި ކުރުމަގެ މައްސަލަ، ދިވެހިރާއްޖޭގެ ކޯޓުތަކުގައި ހިނގަމުންދާތީ، އެ މައްސަލަ ކޯޓުތަކުން ނިމުމުގެ ކުރިން، ދަޢުވާ ރައްދުވާ މާހަލް ޓުއާސްއިން، ދަޢުވާކުރާ ފަރާތުގެ މައްޗަށް ނޭދެވޭ ފިޔަވަޅެއް ނާޅައި މަޑުކުރުމަށް އެއްބަސްވުމަށްފަހު، )1 ( ދަޢުވާރައްދުވާ ފަރާތުނ 14 ސެޕްޓެ މްބަރ 2020 ގައި ރިހިވެލި ރިސޯޓުގެ ލީސް ބާޠިލްކޮށްފައިވާތީއާއި، )2( 2018 ގައި ދަޢުވާ ރައްދުވާފަރާތުން ރިހިވެލީގެ ލީސް އެހެން ފަރާތަކަށް ވިއްކާލާފައިވާތީއާއި، )3( މާހަލް ޓުއާސްގެ ޑިރެކްޓަރުންގެ ބޑު، ޣައިރު ޤާނޫނީ ގޮތުން ކުރިއަށް ގެންދާތީއާއި، މި ތިން ޙާލަތުގައި ދަޢުވާރައްދުވާ ފަރާތުން ނެރޭ ޓާމިނޭޝަން ނޯޓިސްތައ ޞައްޙަނުވާނޭކަމަށ ކޯޓުން ކަނޑައަޅައި، ދަޢުވާ ކުރާފަރާތަށް ޔޫ.އެސް 800,000 )އަށް ލައްކަ( ޑޮލަރުގެ ބަދަލު ދިނުމަށް، މާހަލް ޓުއރސ ޕްރައިވެޓް ލިމިޓެޑުގެ މައްޗަށް އަމުރު ކުރުމަށް." ކަން އެނގެންއޮވެއެވެ .

20HN5ދިވެހިރާއްޖޭގައި ކުންފުނި އުފެއްދުމާއި، ރަޖިސްޓަރީ ކުރުމާއި، ހިންގުމާބެހޭ ޤާނޫނެއް އޮވެއެވެ. އެއީ ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނެވެ. ދިވެހިރާއްޖޭގައި ކުންފުނި އުފައްދައި، ހިންގަންވާނީ އެ ޤާނޫނުގައި ބަޔާންކޮށްފައިވާގޮތުގެ މަތިންކަން އެނގެއެވެ. ޤާނޫނު ނަންބަރު 96/10 ގެ 1 ވަނަ މާއްދާ ޤާނޫނު ނަންބަރު 96/10 ގެ 2 ވަނަ މާއްދާ

21ދިވެހިރާއްޖޭގކުންފުންޏާބެހޭ ޤާނޫނުގެ 15 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ: ")ހ( މި ޤާނޫނުގައިވާ ގޮތުގެމަތިން، ކޮންމެ ކުންފުންޏެއް ރަޖިސްޓަރީ ވުމުން، އެ ކުންފުންޏަކީ، ކުންފުނީގެ ނަންކަމުގައި އ ކުންފުންޏެއްގެ އަސާސި ގަވާ އިދާއ ހިންގި ގަވާއިދުގައި ބުނެފައިވާ ނަމުގައި، މި ޤަނޫނީ އެއްގޮތްވާ ގޮތުގެމަތިން އ ކުންފުންޏެއްގެ އަސާސީ ގަވާއިދާއި ހިންގާ ގަވާއިދުގައިވާ ކަންތައްތައް ހިންގުމާއި، ދަޢުވާ ކުރުމާއި، ދަޢުވާ ލިބިގަތުމާއި، އުފުލި މުދަލާއި ނުއުފުލޭ މުދާ ޤާނޫނު ހުއްދަ ކުރާ ގޮތުގެ މަތިން ހޯދުމާއި ލިބިގަތުމާއި، މިކަންކަމުގެ ޙައްޤު ލިބިގެންވާ، އަދ ވަކި ސިއްކައެއް އޮންނަ، މެންބަރުންނާ ވަކިން އުފެދިފައިވާ، ޤާނޫނީ ގޮތުން އަމިއްލަ ޝަޚްޞެކެވެ. )ށ( ކުންފުނީގެ އަސާސީ ގަވާއި ދާއ ހިންގި ގަވާއިދާ ރަޖިސްޓރް ވުމުން، އެގަވާއިދު ތަކުގައިވާ މާއްދާތަކަށް ޢަމަލު ކުރުމަކީ، އެ ގަވާއިދެއްގައި ސޮއިކުރާ މެންބަރުން ފަދައިން، އެކުންފުންޏެއްގެ މައްޗަށާއި، އެކުންފުންޏެއްގެ ކޮންމެ މެންބަރެއްގެ މައްޗަށ ލާޒިމްވެގެންވާ ކަމެކެވެ."

22ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނުގެ 44 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ: "ކޮންމެ ކުންފުންޏެއްވެސް ހިންގަންވާނީ، ޑިރެކްޓަރުންގެ ބޯޑަކުންނެވެ."

23HN6ކޮމަން ލޯގެ މަފްހޫމެއްކަމުގައިވާ ޕްރިވިޓީ އޮފް ކޮންޓްރެކްޓްގެ މަފްހޫމުގައި ބަޔާންކޮށްފައިވާ ގޮތުން، ކޮންޓްރެކްޓެއްގެ ދަށުން ތިބާ އަކީ ކޮންޓްރެކްޓްގެ ބައިވެރިއެއް ނޫންނަމަ އ ކޮންޓްރެކްޓެއްގެ ދަށުން އެއްވެސ އިލްތިޒާމެއްގެ ފައިދާ ތަންފީޒެއް ނުކުރެވޭނެއެވެ. ނުވަތަ ތިބާއަކީ އެ ކޮންޓްރެކްޓެއްގެ ޒިންމާވާން ޖެހޭނެ މީހެއް ނޫނެވެ. އެހެނީ، ކޮންޓްރެކްޓެއްގެ ދަށުން ދީ ޢިވާ ކުރެވޭނެ އަދ ދ ޢަ ވާރައްދުކުރެވޭނީ ހަމައެކަނއެ ކޮންޓްރެކްޓެއްގެ ބައިވެރިންނަށް ކަމަށް ވާތީއެވެ. މިއީ، ޢާންމު އުޞޫލުކަމާއ މި އުޞޫލުން އިސްތިސްނާވާ ޙާލަތްތައް ހުންނަކަންވެސ އަހުރެން ފާހަގަކުރަމެވެ.

24HN7ސިވިލ ކޯޓަށް ހުށް ހެޅި ދަޢުވާ ބިނާވަނީ މާހަލް ޓުއަ ރސ އާއް ސޭވް ދަ ޑްރީމް މޯލްޑިވްސްއާ ދެމެދު އޮތ ސަބްލީސ އެގްރީމެންޓް ބާޠިލުކޮށް ފޮނުވި ޓަރމިނޭޝަން ނޯޓިސްގެ މައްޗަށް ކަމަށްވާއިރު، ބުނެވިދިޔ އެއްބަސްވުމުގެ ބައިވެރިއް އްކަމަށެޤާނޫނީގޮތުނ ބެލެވެން ނެތް ފަރާތަކަށް އެ ނޯޓިހާ ގުޅިގެން އ ދަޢުވާކުރުމުގެ ހައިސިއްޔަތު އޮތްކަމަކަށ، އިސްވެ ބުނެވިދިޔަ ކޮންޓްރް ކްޓް ލޯ އާއި ކޮމްޕެނީ ލޯގެ އުޞ ލުތަކަށް ރިޢާޔަތްކޮށް ބެލި ބެލުމުނެ އަހުރެންނަކަށް ޤަބޫލެއްނުކުރެވެއެވެ.އެހެނީ، ކުންފުންޏަކީ އެ ކުންފުނީގެ ހިއްސާދާރުންނާ ވަކިން އޮންނަ ވަކި ޝަޚުޞެއްކަމާއި، އަދި ކޮންޓްރެކްޓެކ ގުޅާ ގޮތުން ދަޢުވާކުރުމުގެ ހައިސިއްޔަތު އެ ކޮންޓްރެކްޓްގެ ބައިވެރިއަކަށް ނުވާ ފަރާތަކަށް ލިބޭނެކަމަށް ޤަބޫލެއް ނުކުރެވއެވި.އަދ ސިވިލްކޯޓަށް ހުށަހަޅާފައިވެދަޢުވާ ހުށަހެޅުމުގެ ހައިސިއްޔަތު އޮތްކަން ދަޢުވާކުރާ ފަރާތަށް ޤާނޫނީ ހަމައަކުން ބަޔާންކޮށްދވފައިވާކަމަކަށް ނުބެލެވެއެވެ.

25ސޭވް ދަ ޑްރީމް މޯލްޑިވްސް ޕްރިވެޓް ލިމިޓެޑަށް ރިހިވެލި ބީޗް ރިސޯ ޓީ 2042 ގ ނިޔަލަށް މާހަލް ޓުއރސްއިން ސަބްލީޒްކޮށްފައިވާއިރާ،އެ އެއްބަސްވުން ވެފައިވަނީ މާހަލް ޓުއރސ އާއް ސޭވް ދަ ޑްރީމް މޯލްޑިވްސް ޕްރިވެޓް ލިމިޓެޑާ ދެމެދުގައިކަން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގްކާސްޓްއަވޭ މޯލްޑިވްސ ޕްރައިވެޓ ލިމިޓެޑް ވ. މާހަލް ޓުއރސ ޕްރައިވެޓް ލިމިޓެޑްޤޟިއްޔާގައި ފާހަގަކޮށަ ފައިވާކަން އެނގެއެވެ. އަދި އެ ޤަޟިއްޔާ ސުޕްރީމް ކޯޓުގައި ހިނގަމުން ދިޔައިރު ސޭވް ދަ ޑްރީމް ފްރާންސުނ ތަދައްޚުލުވެ، ވަގުތީ އަމުރަކަށް އެދުމުން، އެ އެއްބަސްވުމުގެ ބައިވެރިއަކަށް ނުވާތީ އެފަރާތަށްވަގުތީ އަމުރަށް އެދުމުގެ ހައިސިއްޔަތު ނެތްކަމަށް ސުޕްރީމް ކޯޓުންވެސް ކަނޑައަޅާފައިވާކަނު އެނގެން އޮންނަކަން ފާހަގަކުރެވެއެވެ.

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

ޝަރީޢަތުގެ ވީޑިއޯ

މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.

ޝެއަރ ކުރައްވާ