ޙުސައިން ޙަލީމް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- ޅ. ކުރެންދޫ މެޖިސްޓްރޭޓް ކޯޓު 22/G3C/2020
- ފަހުގެ ތާރީޚު
- ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް
ކޯ ޓާމްސް
ޚުލާޞާ
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގައި ކުށް ސާބިތުކުރުމަށް ބޭނުންކުރި، ތުހުމަތުކުރެވޭ ފަރާތުގެ ހަށިގަނޑުގެ އެތެރެއިން ހޯދި މަސްތުވާތަކެތީގެ ހެކި، ޤާނޫނުއަސާސީގެ 52 ވަނަ މާއްދާއާ ޚިލާފަށް ހޯދި ހެއްކެއްތޯ (ކޯޓު އަމުރު ތުހުމަތުކުރެވޭ ފަރާތަށް ނުދެއްކުން)؛ އަދި މަސްތުވާތަކެތި ތުހުމަތުކުރެވޭ ފަރާތުގެ ހިޔާޒަތުގައި ހުރިކަން ސާބިތުވޭތޯ.
ނިންމުން
ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައިއިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ޙުކުމް ޤާއިމް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 ޤާނޫނާ ޚިލާފަށް ހޯދި ހެކި ޝަރީޢަތަށް ޤަބޫލުނުކުރުމަށް އެދޭ ހުށަހެޅުމަކީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 119 ވަނަ މާއްދާގެ (ހ) ގެ (3) ގެ ދަށުން ޝަރީޢަތް ފެށުމުގެ ކުރިން ދަށު ކޯޓުގައި ހުށަހަޅަންޖެހޭ ހުށަހެޅުމެކެވެ. އެގޮތަށް ހުށަނާޅައިފިނަމަ އެ ފުރުޞަތު ދޫކޮށްލީ ކަމުގައި ބެލެވޭނެއެވެ. ހެކި ހާމަވީ ޝަރީޢަތް ފެށުމަށްފަހު ނަމަ ނޫނީ (119 (ށ)) އެ މައުޟޫޢު ފުރަތަމަ ފަށަންޖެހެނީ ދަށު ކޯޓުގައި ކަމަށްވާތީ، އިސްތިއުނާފު މަރުޙަލާގައި އެ ހެކީގެ ޝަރުޢިއްޔަތާ މެދު ބަހުސްކުރުމުގެ ފުރުޞަތު ދޭންޖެހޭ ޤާނޫނީ ސަބަބެއް ނެތެވެ.
HN2 އެކަށީގެންވާ ސަބަބެއް ނެތި މީހަކު ބަލައިފާސްކުރުމަކީ ޤާނޫނުއަސާސީ ހުއްދަކުރާ ކަމެއް ނޫނެވެ. މީހެއްގެ ރުހުން އޮތްނަމަ ބަލައިފާސްކުރުމަށް ހުރަހެއް ނެތް ނަމަވެސް، ރުހުން ނެތަސް ޤާނޫނާއި ގަވާއިދުގައިވާ ޙާލަތްތަކުގައި ބަލައިފާސްކުރެވިދާނެއެވެ.
HN3 ބަންދުގައި ހުރި މީހަކު ބަލައިފާސްކުރުމުގެ ބާވަތްތަކަކީ: ހެދުމުގެ މަތިން ކުރާ ޕެޓް ޑައުން ސަރޗް (ކޯޓު އަމުރެއް ބޭނުމެއް ނުވޭ)، އަންނައުނު ބާލައިގެން ކުރާ ސްޓްރިޕް ސަރޗް (ޖިންސީ ގުނަވަނެއް ހާމަކުރަންޖެހޭނަމަ ކޯޓު އަމުރު ބޭނުންވާ، އިންސާނީ ކަރާމާތަށް ސަމާލުކަންދީ ކުރަންޖެހޭ)، އަދި ހަށިގަނޑުގެ ހުޅުވިފައިވާ ގުނަވަންތަކާއި އެތެރެ ބަލާ އިންޓިމޭޓް/އިންވޭސިވް ސަރޗެވެ؛ ފަހު ބާވަތްތައް ހެދޭނީ ކޯޓު އަމުރެއްގެ ދަށުން، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 55 ވަނަ މާއްދާއާއި ގަވާއިދުގެ އިޖުރާއަތާ އެއްގޮތަށެވެ.
HN4 ހަށިގަނޑުގެ ބޭރު ބެލުމާއި ހަށިގަނޑުގެ އެތެރެ ބެލުމަކީ ޤާނޫނީ ގޮތުން ތަފާތު ކަންކަމެވެ؛ ހަށިގަނޑުގެ އެތެރެ ބެލުމަކީ ސްޓްރިޕް ސަރޗެއް ނޫނެވެ. އެކްސްރޭ ނެގުމުގެ އިޖުރާއަތާއި އިންވޭސިވް ސަރޗުގެ އިޖުރާއަތު އެއްގޮތްވުމުން އެކްސްރޭ ނެގުމަކީ އިންވޭސިވް ސަރޗަކަށް ނުވެއެވެ.
HN5 ކޯޓު އަމުރެއްގެ ދަށުން ބަންދުގައި ހުރި މީހެއްގެ ހަށިގަނޑު ބަލައިފާސްކުރާއިރު އެ އަމުރު ތުހުމަތުކުރެވޭ ފަރާތަށް ދައްކަންޖެހޭކަމަށް ޤާނޫނާއި ގަވާއިދުގައި ބަޔާނެއް ނުކުރެއެވެ. އޭނާގެ ރުހުން ނެތަސް ކޯޓު އަމުރުގެ ދަށުން އިންޓިމޭޓް/އިންވޭސިވް ސަރޗް ހެދުމާއި، ހަށިގަނޑުގެ އެތެރެއިން ސާމްޕަލް ނަގާ އިޖުރާއަތާ އެއްގޮތަށް ހަށިގަނޑުގެ އެތެރޭގައިވާ އެއްޗެއް ނެގުން ހުއްދައެވެ. އެހެންކަމުން ކޯޓު އަމުރުގެ ދަށުން ޑޮކްޓަރަށް ދައްކައި، އެކްސްރޭ ނަގައި، ޑޮކްޓަރުގެ އިރުޝާދުގައި ބޭސްދީގެން ހޯދި މަސްތުވާތަކެތި ހޯދާފައިވަނީ ޤާނޫނާ އެއްގޮތަށެވެ.
HN6 ތުހުމަތުކުރެވޭ ފަރާތް އިން ގޮނޑި ކައިރިން ފެނުނު ތަކެއްޗާއި އޭނާގެ ހަށިގަނޑުން ނުކުތް ތަކެތި އެއް ގޮތަކަށް ބަންދުކޮށްފައިވުމާއި، އޭނާ ދިން މަޢުލޫމާތާ ފެނުނު ޕެކެޓްތަކުގެ އަދަދު ދިމާވުމުން، މަސްތުވާތަކެތީގެ ހިޔާޒަތާ އޭނާއާ ގުޅުމެއް ނެތްކަމަށް ބުނާ ބުނުމަކީ ޤާނޫނީ އަސާސެއް ނެތް ބުނުމެކެވެ.
ވަކީލުންނާއި ފަނޑިޔާރުން
- ވަކީލުން
- —
- ބެންޗު
- މުޙައްމަދު ނިޔާޒް، މުޙައްމަދު ޝަނީޒް ޢަބްދުﷲ، ޢަބްދުލްމާނިޢު ޙުސައިން
- ރިޔާސަތު
- —
- ރައުޔު ލިޔުނު ފަނޑިޔާރު
- —
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.
ފަނޑިޔާރު މުޙައްމަދު ނިޔާޒްގެ ރައުޔު، (މިރައުޔަށް ފަނޑިޔާރު މުޙައްމަދު ޝަނީޒް ޢަބްދުﷲ އަދި ފަނޑިޔާރު
ޢަބްދުލްމާނިޢު ޙުސައިން ތާޢީދު ކުރެއެވެ.)
ތަޢާރަފު
1މިއީ، ފާދިއްޕޮޅު ކުރެންދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު:22/G3C/2020 ޤަޟިއްޔާ އެކޯޓުން ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ ޚިލާފަށްކަމަށްބުނެ، ޅ.ކުރެންދޫ، […] / ޙުސައިން ޙަލީމް ("ޙުސައިން ޙަލީމް" ނުވަތަ "އިސްތިއުނާފުކުރާ ފަރާތް") ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ. މިޤަޟިއްޔާގެ އިސްތިއުނާފު ރައްދުވާ ފަރާތަކީ ޕްރޮސިކިއުޓަރ ޖެނެރަލް ("ޕްރޮސިކުޝަން" ނުވަތަ "އިސްތިއުނާފު ރައްދުވާ") ގެ އޮފީހެވެ. މައްސަލައިގައި ކަންހިނގާފައިވާ ގޮތް:
2މަސްތުވާތަކެތި ގެންގުޅެ އެތަކެތި ބޭނުންކޮށް އެތަކެތީގެ ވިޔަފާރީ ކުރާ ކަމަށް ޙުސައިން ޙަލީމުގެ މައްޗަށް ތުހުމަތު ކުރެވެއެވެ. 20 ޖޫން 2020 ގައި، ޙުސައިން ޙަލީމުގެ ހަށިގަނޑުގެ އެތެރޭގައި މަސްތުވާތަކެތި ރައްކާކޮށްގެން ޅ.ކުރެންދުއަށް އެތެރެ ކުރަން އުޅޭ ކަމަށް ފުލުހުންގެ އިންޓެލިޖެންސްއިން މަޢުލޫމާތު ދިނެވެ.
3ކޯޓު އަމުރެއްގެ ދަށުން ފުލުހުން ޙުސައިން ޙަލީމު ހައްޔަރު ކުރީ ޅ.ކުރެންދޫ ފަޅުތެރެއިން މަސްލޯންޗަކުންނެވެ. ޙުސައިން ޙަލީމް ހައްޔަރުކޮށްގެން ޅ.ނައިފަރު ޕޮލިސް ސްޓޭޝަނަށް ޙާޟިރުކޮށްފައި ވަނިކޮށް، އޭނާ އިށީދެއިން ގޮޑި ކައިރިން ކަޅު އަދި ރަތް ކުލައިގެން އިންސިއުލޭޝަން ޓޭޕް އޮޅާފައި އޮތް އެއްޗެއް ފުލުހުންނަށް ފެނިފައިވެއެވެ. އެއާގުޅޭ ގޮތުން ފުލުހުން ސުވާލު ކުރުމުން، އެއީ ޙުސައިން ޙަލީމުގެ ފުރަގަސްފަރާތުގައި ރައްކާކޮށްފައިވާ އެއްޗެއް ކަމަށް ބުނެފައިވެއެވެ. އެއެތި އޭނާ ލައިގެން ހުރި ބޮކްސާ 1 އައި.ޑީ ކާރޑް ނަންބަރު: 2 މި މަޢުލޫމާތު ލިބުމާއި ގުޅިގެން ފާދިއްޕޮޅު ނައިފަރު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު HA/G2C/2020/28 (20 ޖޫން 2020) ހައްޔަރު ކުރުމުގެ އަމުރަށް އެދި ފަނޑިޔާރަށް ހުށަހަޅާ ފޯމް އިން ހައްޔަރުކުރުމުގެ އަމުރަކަށް އެދިފައިވޭ ތެރެއަށް ވެއްޓުމުން، އިނީދެއިން ގޮޑި ކައިރިއަށް ވައްޓާލީކަމަށް ބުނެފައިވެއެވެ. މިއެތި ނިއުޅައި ފުލުހުން ބެލިއިރު، އޭގައި މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެއްހުރި 06 ރަބަރު ޕެކެޓް އޮތް ކަމަށް ފުލުހުން ބުނެއެވެ.
4އޭގެ އިތުރުންވެސް ޙުސައިން ޙަލީމުގެ ފުރަގަސްފަރާތުގައި އޭގެ 05 ރަބަރު ޕެކެޓް ވާނެކަމަށް ޙުސައިން ޙަލީމް ފުލުހުންނަށް މަޢުލޫމާތު ދިނެވެ. އެހެންވެ، ފުލުހުން، ޙުސައިން ޙަލީމު ގާތުން ބަލާފާސްކުރުމަށް (intimate search) ކޯޓު އަމުރެއް ހޯދިއެވެ. އަދި މިއަމުރު ގެ ދަށުން ޙުސައިން ޙަލީމް ޑޮކްޓަރަށް ދައްކައި އެކްސް-ރ ނަގައި ފަސޭހައިން ބޭސް ދިނެވެ. ޙުސައިން ޙަލީމް ބޮޑު ކަމުދިޔުމުން، އޭނާ ކުރިން ބުނިހެން އޭނާގެ ފުރަގަސްފަރާތުން އެއްޗެއް ވެއްޓުނެވެ. އޭގައިވެސް ވަނީ ކަޅު އަދި ރަތް ކުލައިގެން އިންސިއުލޭޝަން ޓޭޕް އޮޅާފައެވެ. އެޓޭޕްތައް ފުލުހުން ނައްޓައި ބެލިއިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 05 ރަބަރު ޕެކެޓް އެބޮޑިވަރުގައިވެސް އޮތެއެވެ.
5ޙުސައިން ޙަލީމްގެ އަތުން ފެނުނު ކަޅުކުލައިގެ އިންސިއުލޭޝަން ޓޭޕް އޮޅާފައި އޮތް ރަބަރު ޕެކެޓްގެ ތެރެއިން ނެގި 06 ރަބަރު ޕެކެޓުގައި 2.9363 ގްރާމް ޑައިމޯފިން ހުރިކަމަށް އެތަކެތީގެ ތަޙްލީލް ރިޕޯޓުން ދައްކާތީއާއި، މީނާ ބޮޑުކަމުދިޔައިރު މީނާގެ ފުރަގަސް ފަރާތުން ވެއްޓުނު ކަޅުކުލައިގެ އިންސިއުލޭޝަން ޓޭޕް އޮޅާފައިވާ ރަބަރު ޕެކެޓުގެ ތެރެއިން ނެގުނު 05 (ފަހެއް) ރަބަރު ޕެކެޓުގައި 2.7487 ގްރާމް ޑައިމޯފިން ހުރިކަމަށް އެތަކެތީގެ ތަޙްލީލް ރިޕޯޓުން ދައްކާތީ ޤާނޫނު ނަންބަރު 17/2011 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 105 ވަނަ މާއްދާގެ (ހ) އާ އެޤާނޫނުގެ 136 ވަނަ މާއްދާގެ (ބ) އާ ޙަވާލާދީ، އެޤާނޫނުގެ 105 ވަނަ މާއްދާގެ (ނ) ގެ ދަށުން ޑައިމޯފިން ޓްރެފިކްކުރުމުގެ ދަޢުވާ ޙުސައިން ޙަލީމްގެ މައްޗަށް ފާދިއްޕޮޅު ކުރެންދޫ މެޖިސްޓްރޭޓް ކޯޓުގައި ޕްރޮސިކިއުޓަރ ޖެނެރަލް އުފުލިއެވެ. އެމައްސަލަ ބެލުމަށްފަހު ދަށު ކޯޓުން ނިންމީ، މިކުށް އެކަށީގެންވާ ޝައްކެއްނެތް މިންވަރަށް ޙުސައިން ޙަލީމްގެ މައްޗަށް ސާބިތުވާކަމަށެވެ. ފާދިއްޕޮޅު ކުރެންދޫ މެޖިސްޓްރޭޓް ކޯޓުން ނިންމި ގޮތް:
6ދައުލަތުން ހުށަހެޅި ބަޔާންވެދިޔަ ދަޢުވާ، ފާދިއްޕޮޅު ކުރެންދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު: 22/G3C/2020 ޤަޟިއްޔާއިން ބަލައި ޙުކުމް ކޮށްފައިވަނީ: "ދެންފަހެ، އިސްވެ ދިޔަ ބަޔާންތަކާއި ޝަރީޢަތަށް ފާހަގަކުރެވުނު ކަންކަމަށް ރިޢާޔަތްކޮށް ޤާނޫނު ނަންބަރު:17/2017 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 105 ވަނަ މާއްދާގެ (ނ) ގެ ދަށުން ޅ.ކުރެންދޫ އަބުހަރުގެ ޙުސައިން ޙަލީމުގެ މައްޗަށް ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދަޢުވާ 04 އޮގަސްޓް 2020 (14 ދުލްޙިއްޖާ 1441-) ދުވަހު ދައުލަތުން ހުށަހެޅުމުން ބެލުނު މިމައްސަލަ ޝަރީޢަތުން ބެލިބެލުމުން މިދަޢުވާއަށް މީނާ އިންކާރު ކޮށްފައިވާތީ، މިދަޢުވާ ޝަރީޢަތަށް ޘާބިތުކޮށްދިނުމަށްޓަކައި ދައުލަތުން ހުށަހަޅާފައިވާ ހެއްކާއި ޤަރީނާތަކަށް ނަޒަރުކޮށްބެލިބެލުމުން ޙުސައިން ޙަލީމް ޅ.ނައިފަރު ޕޮލިސް ސްޓޭޝަނަށް ޙާޝިރުކޮށްފައިވަނިކޮށް ޙުސައިން ޙަލީމް އިށީދެ އިން ގޮނޑި ކައިރިއަށް ވައްޓާލާފައި އޮތް ކަޅުކުލައިގެ އިންސިއުލޭޝަން ޓޭޕް ގަނޑެއް ފެނިފައިވާތީ އަދި އޭގައި ބޮޑުކަމުދާ ތަކެތި ހޭކިފައި ހުރިކަން އެނގޭތީ އަދި އެޓޭޕްގަނޑު ނިއުޅިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 6 (ހައެއް) ރަބަރު ޕެކެޓު ފެނިފައިވާތީ ޕޮލިސް ސްޓޭޝަންގައި އެވަގުތު ޙުސައިން ޙަލީމް ފިޔަވައި އިތުރު ޢާއްމުންގެ މީހަކު ނެތްކަމާއި، އެރަބަރު ޕެކެޓަކީ ޙުސައިން ޙަލީމް އެގަޑީގައި އެތާ އިށީންއިރ އެތާ އިން އެއްޗެއް ނޫންކަން އެނގެން އޮންނާތީ، މި އިންސިއުލޭޝަން ޓޭޕްގަނޑާއި ގުޅޭގޮތުން ޙުސައިން ޙަލީމްއާ އެވަގުތު ސުވާލުކުރުމުން އެއީ މީނާގެ ފުރަގަސްފަރާތަށް ޖަހާފައިވާ އެއްޗެއްކަމަށާއި، އޭތި މީނާ ލައިގެންހުރި ބޮކްސާގެ ތެރެއަށް ވެއްޓުމުން ބޮކްސާގެ ތެރެއިން މީނާ ލައިގެންހުރި ޖިންސްގެ ފައިކުރިތެރެއިން މީނާ އިށީނދެއިން ގޮނޑި ކައިރިއަށް ވައްޓާލީކަން އެނގެން އޮންނާތީ އަދި މީނާގެ ހަށިގަނޑުގެ ތެރޭގައި އިތުރަށް މަސްތުވާތަކެތި ރައްކާކޮށްފައި ހުންނާނެކަމަށް މީނާ އެވަގުތު ބުނެފައިވާތީ ޅ.ނައިފަރު މެޖިސްޓްރޭޓް ކޯޓުން ލިބިފައިވާ ކައިރިން ބަލާ ފާސްކުރުމުގެ ކޯޓު އަމުރެއްގެ ދަށުން ޙުސައިން ޙަލީމް ޅ.އަތޮޅު ހޮސްޕިޓަލަށް ގެންގޮސް ޑޮކްޓަރަށް ދައްކައި މީނާގެ ހަށިގަނޑުގެ އެކްސްރޭއެއް ނެގިއިރު މީނާގެ ހަށިގެނަޑުގެ ތެރޭގައި މަސްތުވާތަކެތި ހުރިކަމަށް ބެލެވިގެން ބޮޑުކަމުދިއުމަށް ބޭސް ދިނުމުން މީނާ ބޮޑުކަމުދިޔައިރު މީނާގެ ފުރަސް ފަރާތުން މީނާ ބޮޑުކަމުދިޔަ ޓްރޭގެ ތެރެއަށް ވެއްޓުނު ކަޅުކުލައިގެ އިންސިއުލޭޝަން ޓޭޕް އޮޅާފައިވާ އެތިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 5 (ފަހެއް) ރަބަރު ޕެކެޓު ފެނިފައިވާކަމާއި، މައްސަލާގައި ފެނިފައިވާ ޑައިމޯފިންގެ ބަރުދަނުގައި 5.685 (ފަހެއް ޕޮއިންޓް ހައެއް އަށެއް ފަހެއް) ގްރާމް ހުރިކަމަށް މިމައްސަލައާއި ގުޅިގެން ހުށަހަޅާފައިވާ މަސްތުވާތަކެތީގެ ތަޙްލީލް ރިޕޯޓުން އެނގެން އޮންނާތީ، ޙުސައިން ޙަލީމުގެ އަތުން ފެނިފައިވާ މަސްތުވާތަކެތީގެ ޒިއްމާއުފުލާނެ ފަރާތެއް ޙުސައިން ޙަލީމަށް ދެއްކިފައިނުވާތީ ކޮންމެ މީހަކީވެސް އެމީގެއްގެ ހިޔާޒަތުގެ ދަށުގައި ހުންނަ ތަކެއްޗާމެދު ޝަރީޢަތާއި ޤާނޫނުގެ ކުރިމަތީގައި ޒިއްމާ އުފުލަންޖެހޭނެ މީހެއްކަން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2010/HCA/07 ޤަޟިއްޔާގައި ފާހަގަކުރައްވާފައިވާ އުޞޫލަށް ބެލުމުން އެނގެން އޮންނާތީ، އަދި މި އުޞޫލު ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2020/HCNA/19 ޤަޟިއްޔާ ނިމުނު ގޮތުގެ ޙުލާޞާ ރިޕޯޓުގެ 13.5 ގައި ތަފްސީލްކޮށް ބަޔާންކުރައްވާފައިވާތީ، މިފަދަ ދަޢުވާއަކަށް މުއްތަޙަމް އިންކާރުކުރާނަމަ މުއްތަހަމް ކުށުން ބަރީޢަވެގެންވާކަމަށް އޭނާބުނާ ބުނުން ނުފުދޭނެކަމާ، މުއްތަޙަމްގެ ދިފާޢު ޤާނޫނީ ހަމަތަކުގެ މަތިން އޭނާ ޝަރީޢަތަށް ސާބިތުކޮށްދޭންޖެހޭނެކަން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2017/HCA/10 ވަނަ ޤަޟިއްޔާއާއި، އެކޯޓުގެ ނަންބަރު 2012/HCA/23 ވަނަ ޤަޟިއްޔާއާއި، އެކޯޓުގެ ނަންބަރު 2016/HCA/21 ވަނަ ޤަޟިއްޔާއަށް ބެލުމުން އެނގެން އޮންނާތީ، ދައުލަތުން ހުށަހަޅާފައިވާ ހެއްކާއި ޤަރީނާތައް ނަފީވެދާފަދަ އެއްވެސް ހެއްކެއް މިމައްސަލާގައި ދިފާއުން ހުށަހަޅާފައި ނުވާކަން އެނގެން އޮންނާތީ މިދަޢުވާ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބަޔާންކޮށްފައިވާ އެކަށީގެންވާ ޝައްކެއްނެތްމިންވަރަށް ޝަރީޢަތަށް ސާބިތުވެއްޖެކަމަށް ކަނޑައަޅައި، ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުން ޙުސައިން ޙަލީމް ކުށްވެރިވެއްޖެކަމަށް ކަނޑައަޅައި، މިކުށުގެ ޢުޤޫބާތެއްގެ ގޮތުން ޤާނޫނު ނަންބަރު 17/2017 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 105 ވަނަ މާއްދާގެ (ނ) ގެ ދަށުން ޅ.ކުރެންދޫ އަބުހަރުގެ ޙުސައިން ޙަލީމް -100،000ރ. (އެއްލައްކަ) ރުފިޔާއިން ޖޫރިމަނާކޮށް މިފައިސާ މިމައްސަލައިގެ ޙުކުމް ކުރާ ދުވަހުން ފެށިގެން 3 (ތިނެއް) އަހަރު ދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ މީރާއަށް ދައްކާ ޙަލާސްކުރުމަށް ޅ.ކުރެންދޫ އަބުހަރުގެ ޙުސައިން ޙަލީމަށް އަންގައި މިމައްސަލައާ ގުޅިގެން ޙުސައިން ޙަލީމުގެ މައްޗަށް ކަނޑައެޅިގެންދާ އުމުރުދުވަހުގެ ޖަލު ޙުކުމުން ބަންދުގައި ހުރި މުއްދަތު ކަމުގައިވާ 02 މަހާއި 26 ދުވަހާއި 01 ގަޑިއިރާއި 44 މިނެޓް ކެނޑުމަށްފަހު 24 އަހަރާއި 09 މަސްދުވަހާއި 03 ދުވަހާއި 22 ގަޑިއިރާއި 16 މިނެޓުގެ މުއްދަތަށް ޅ.ކުރެންދޫ އަބުހަރުގެ ހުސައިން ޙަލީމް ޖަލަށްލުމަށް ނިޔާ ކަނޑައަޅައި ޙުކުމް ކޮށްފީމެވެ. އިސްތިއުނާފީ ނުކުތާތައް:
7ފާދިއްޕޮޅު ކުރެންދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު: 22/G3C/2020 ޤަޟިއްޔާ ބަޔާންވެދިޔަ ގޮތަށް ނިންމުމުން، އެނިންމުމަކީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި ޚިލާފަށް ނިންމާފައިވާ ނިންމުމެއްކަމަށް ބުނެ، އެޤަޟިއްޔާ އިސްތިއުނާފު ކުރުމަށްޓަކައި ތިރީގައިވާ ނުކުތާތައް ޙުސައިން ޙަލީމްގެ ފަރާތުން ހުށަހަޅައި އެނުކުތާތަކާމެދު ތަފްޞީލުކޮށް ވާހަކަ ދައްކާފައިވެއެވެ. އެގޮތުން ހުށަހެޅި؛
7.1. ފުރަތަމަ ނުކުތާއަކީ: ޤާނޫނުއަސާސީގެ 52 ވަނަ މާއްދާއާއި ޚިލާފަށް ހޯދާފައިވާ ހެކީގެ މައްޗަށް ބިނާކޮށް ކުށް ސާބިތުކޮށްފައިވާކަމަށްބުނެ ހުށަހެޅި ނުކުތާ.
7.2. ދެވަނަ ނުކުތާއަކީ: އިސްތިއުނާފުކުރާ ފަރާތުގެ ހިޔާޒަތުގެ ދަށުން މަސްތުވާ އެއްވެސް އެއްޗެއް ފެނިފައިނުވާއިރު، ދަޢުވާގައި ބުނާ މަސްތުވާތަކެތި އިސްތިއުނާފުކުރާ ފަރާތުގެ ހިޔާޒަތުގެ ދަށުން ފެނުނުކަމުގައި ކަނޑައަޅައި ކުށް ސާބިތުކޮށްފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ. އިސްތިއުނާފުކުރާ ފަރާތުން ދެއްކި ވާހަކަތައް:
8އިސްތިއުނާފުކުރާ ފަރާތުން އިސްތިއުނާފީ ނުކުތާތާކުގެ ތަފްޞީލްތައް އިސްތިއުނާފީ ފޯމުގައި ބަޔާންކޮށްފައިވެއެވެ. އަދި އެނުކުތާތަކުގެ ތަފްޞީލު ޚުލާޞާ ގޮތެއްގައި ޝަރީޢަތުގެ މަޖިލީހުގައި ބަޔާންކޮށްދިނުމަށް އެންގުމުން، އެނުކުތާތަކާއި ގުޅިގެން ވާހަކަ ދައްކާފައިވެއެވެ. މިވާހަކަތަކަކީ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގައި ހިމެނޭނެ ބައެއްކަމަށްވާތީ، ޙުލާޞާ ގޮތެއްގައި އެކަންކަން ބަޔާންކުރާނަމަވެ. މިގޮތުން؛
8.1- އިސްތިއުނާފީ ފުރަތަމަ ނުކުތާ ތަފްސީލްކުރަމުން އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވަނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 55 ވަނަ މާއްދާގެ (ށ) ގެ ދަށުން މީހެއްގެ ޖިންސީ ގުނަވަން ބަލާފާސްކުރުމަށާއި، ފޮޓޯ ނެގުމާއި ހަށިގަނޑުގެ ތެރެއިން ސާމްޕަލެއް ނެގޭނީ ކޯޓު އަމުރެއްގެ ދަށުންކަމަށެވެ. މިމައްސަލައިގައި ދަށު ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ހެކިންދީފައިވާ ހެކިބަހުގައި އިސްތިއުނާފުކުރާ ފަރާތުގެ ޖިންސީ ގުނަވަން ބަލާ ފާސްކުރުމަށްޓަކައި ކޯޓު އަމުރެއް ހޯދާފައިވާކަމަށް ބުނެފައިވީނަމަވެސް، އިސްތިއުނާފުކުރާ ފަރާތަށް އެއަމުރު ދައްކާފައެއް ނުވާކަމަށެވެ. އަދި މިކަން ހެކިންގެ ހެކިބަހުން ވަރަށް ސާފުކަމަށެވެ. އަދި މިކަންކަން ވަރަށް ތަފްސީލްކޮށް އިސްތިއުނާފު ފޯމުގައި ބަޔާންކޮށްފައިވެއެވެ.
8.2- އިސްތިއުނާފީ ދެވަނަ ނުކުތާގެ ތަފްސީލްގައި އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވަނީ، އިސްތިއުނާފުކުރާ ފަރާތުގެ ހިޔާޒަތުގެ ދަށުން މަސްތުވާ އެއްވެސް އެއްޗެއް ފެނިފައިނުވާކަމަށާއި، މިކަން ދަށު ކޯޓު އަދި ތަޙްޤީޤު މަރުހަލާގައިވެސް ފާހަގަކޮށް އިންކާރުކޮށްފައިވާނެކަމަށެވެ. މިގޮތުން ފޯލިއޯ ނަންބަރު 16 ގައިވާ ސީން އޮފް ކްރައިމް އޮފިސަރސް ރިޕޯޓުގެ އެއްވެސް ސަފްހާއަކުން އިސްތިއުނާފުކުރާ ފަރާތުން އިނީނދެއިން ޅ.ނައިފަރު ޕޮލިސް ސްޓޭޝަން ރިސެޕްޝަން ގޮނޑި ދަށަށް ވައްޓާލިކަމުގައި ބުނާ މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ ތަކެތީގެ ފޮޓޯއެއްވެސް ފެންނަން ނެތްކަމަށެވެ. އެހެންކަމުން ޕްރޮސިކިއުޝަނުން އެބުނާ ބުނުމާމެދު ސުވާލު އުފެދޭކަމަށެވެ.
8.3- މިކަންކަން ތަފްސީލްކުރަމުން އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވަނީ ދަށު ކޯޓުން ހިޔާޒަތު މާނަކޮށްފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި އުސޫލުތަކާއި މުޅިން ޚިލާފަށްކަމަށެވެ. އަދި ދަށު ކޯޓުން ފާހަގަކޮށްފައިވާ މަތީ މަރުހަލާގެ ކޯޓުތަކުގެ ނިންމުންތަކަކީ އެޤަޟިއްޔާގެ ވާޤިޢާތަކުގެ މައްޗަށް އެޕްލައި ނުކުރެވޭނެ އެވާޤިޢާތަކާއި އެއްވެސް ގުޅުމެއް ހުރި ޤަޟިއްޔާތަކެއް ނޫންކަމަށެވެ. އިސްތިއުނާފުކުރާ ފަރާތުގެ ޙަޤީޤީ އަދި މައުނަވީ ހިޔާޒަތުގެ ދަށުން މަސްތުވާތަކެތި ހުރި ގޮތެއް ދައުލަތުން ބަޔާންކޮށްދީފައިނުވާކަމަށާއި، އިސްތިއުނާފުކުރާ ފަރާތުން އިނީނދެއިން ގޮނޑިކާރިއަށް އެއްވެސް މަސްތުވާ އެއްޗެއް ވައްޓާލަނިކޮށް އެއްވެސް މީހަކަށް ފެނިފައިނުވާކަން ހެކިންގެ ހެކިބަހުން އެނގޭކަމަށެވެ. އަދި އެތަކެއްޗަކީ އިސްތިއުނާފުކުރާ ފަރާތުގެ ހިޔާޒަތުގެ ދަށުގައި ހުރި ތަކެތިކަން ސާބިތުކޮށްދޭންޖެހޭނީ ދައުލަތުންކަމަށެވެ. އަދި އެކަން ސާބިތުނުކޮށްދީ އެގޮނޑި ދަށުން ފެނުނުކަމުގައި ބުނާ މަސްތުވާތަކެއްޗާއި އިސްތިއުނާފުކުރާ ފަރާތް ބޮޑުކަމުދިޔަކަމުގައި ބުނާ ޓްރޭތެރެއަށް ވެއްޓުނު ކަމުގައިބުނާ މަސްތުވާތަކެތީގެ ބަރުދަނާ އެއްކޮށްލައިގެން 4 ގްރާމް ޑައިމޯފިން ހަމަކޮށް ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށް ސާބިތުނުކުރެވޭނެކަމަށެވެ. އިސްތިއުނާފުކުރާ ފަރާތުން އެދިފައިވާ ގޮތް:
9އިސްތިއުނާފުކުރާ ފަރާތުން މިމައްސަލައިގ އެދިފައިވަނީ، ފާދިއްޕޮޅު ކުރެންދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު: 22/G3C/2020 ޤަޟިއްޔާގެ ނިންމުމަށް ބަދަލު ގެންނަންޖެހޭކަމުގައި ކަނޑައަޅައި، އިސްތިއުނާފުކުރާ ފަރާތް މިނިވަންކޮށްދެއްވައި މައްސަލައި ނިންމާދިނުމަށެވެ. އިސްތިއުނާފު ރައްދުވާ ފަރާތުން ދެއްކި ވާހަކަތައް:
10އިސްތިއުނާފު ރައްދުވާ ޕްރޮސިކިއުޝަނުގެ ފަރާތުން އިސްތިއުނާފީ ނުކުތާތަކުގެ ޖަވާބު ލިޔުމުން ހުށަހަޅާފައިވެއެވ. އަދި އެނުކުތާތަކުގެ ތަފްޞީލު ޚުލާޞާ ގޮތެއްގައި ޝަރީޢަތުގެ މަޖިލީހުގައި ބަޔާންކޮށްދިނުމަށް އެންގުމުން، އެނުކުތާތަކާއި ގުޅިގެން ވާހަކަ ދައްކާފައިވެއެވެ. މިވާހަކަތަކަކީ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގައި ހިމެނޭނެ ބައެއްކަމަށްވާތީ، ޙުލާޞާ ގޮތެއްގައި އެކަންކަން ބަޔާންކުރާނަމަވެ. މިގޮތުން:
10.1- އިސްތިއުނާފީ ފުރަތަމަ ނުކުތާގެ ރައްދުގައި ޕްރޮސިކިއުޝަނުގެ ފަރާތުން ބުނެފައިވަނީ ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅޭ އިސްތިއުނާފީ މައްސަލައަކީ ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 43 ވަނަ މާއްދާގައި ބަޔާންކުރާ ޤާނޫނީ އޮޅިގަނޑު ގިރާކުރެވޭ މިންގަނޑަށް ވާސިލުވެފައިވާ އިސްތިއުނާފަށް ވާންޖެހޭކަމަށެވެ. މިކަންކަން ތަފްސީލްކުރަމުން ބުނެފައިވަނީ އިސްތިއުނާފުކުރެވިފައިމިވާ މައްސަލައިގައި އިސްތިއުނާފުކުރާ ފަރާތުގެ ހަށިގަނޑު ތެރޭގައި ފޮރުވާފައިވާ އެއްޗެއް ނެގުމަށް އިސްތިއުނާފުކުރާ ފަރާތުގެ ހަށިގަނޑު އެކްސްރޭކޮށް ބަލައި ފާސްކޮށް، ފޮޓޯ ނަގާފައިވަނީ ޤާނޫނާއި ގަވާއިދާއެއްގޮތް ވާގޮތުގެ މަތިންކަމާމެދު ސުވާލެއް ނެތްކަމަށެވެ. އެހެންކަމުން، އިސްތިއުނާފުކުރާ ފަރާތުގެ ހަށިގަނޑު ތެރެއިން ފެނުނު މަސްތުވާތަކެއްޗަކީ ޤާނޫނާ ޚިލާފަށް ހޯދި ހެކިކަމަށް އިސްތިއުނާފުކުރާ ފަރާތުން ދައްކާ ވާހަކައަކީ ޤާނޫނީ އަސާސެއް އަދި ބަހުޘެއް ނެތްވާހަކަތަކެއް ކަމަށެވެ. އަދި ހަށިގަނޑު ތެރެއިން ސާމްޕަލް ނެގުމުގެ ކުރިން އެއަމުރު އިސްތިއުނާފުކުރާ ފަރާތަށް ދައްކަންޖެހޭ ނުވަތަ ހޮސްޕިޓަލަށް ގެންދަންޖެހޭ ނުވަތަ ޑޮކްޓަރަށް އެއަމުރު ދައްކަންޖެހޭ އަދި ހަށިގަނޑުގެ ތެރެއިން ސާމްޕަލް ނަގާ ވަގުތު ނުވަތަ ބަލައި ފާސްކުރާ ވަގުތު އެކަން ތަންފީޛުކުރަން ތިބި ފުލުހުންގެ އަތުގައި އަމުރު އޮންނަންޖެހޭ ޤާނޫނީ އަސާސެއް އިސްތިއުނާފުކުރާ ފަރާތަށް ބުނެދެވިފައިނުވާކަމަށެވެ.
10.2- އިސްތިއުނާފީ ދެވަނަ ނުކުތާގެ ރައްދުގައި ޕްރޮސިކިއުޝަނުގެ ފަރާތުން ބުނެފައިވަނީ މިނުކުތާއަކީވެސް އިސްތިއުނާފުކުރުމުގެ ހަމަތަކާ އެއްގޮތަށް އެއްވެސް ޤާނޫނީ ބަހުޘެއް ހުށަހަޅާފައިވާ ނުކުތާއެއް ނޫންކަމަށެވެ. މިގޮތުން ދައުލަތުން ހުށަހެޅި ފޮޓޯ ރިޕޯޓަށް ބެލުމުން މިމައްސަލައިގައި ހެކިން ހެކިބަސް ދިން ފަދައިން ކަޅުކުލައިގެ އިންސިއުލޭޝަން ޓޭޕް އޮޅާފައިވާ އެއްޗެއް ފެނިފައިވަނީ އިސްތިއުނާފުކުރާ ފަރާތް އިށީނދެގެން އިން ގޮނޑިކައިރިންކަމަށާއި، އޭގައި ބޮޑުކަމުދާތަކެތިކަމަށް ބެލެވޭ އެއްޗެއް ހޭކިފައި ހުރިކަން އެނގޭކަމަށެވެ. މީގެ އިތުރުން އިސްތިއުނާފުކުރާ ފަރާތް ބޮޑުކަމުދިޔަ ތަކެތީގެ ތެރެއިން ފެނުނު ފަދަ އެއްޗެއް އަދި ބޮޑުކަމުދާތަކެތި ހޭކިފައިވެސް އޮތް އެއްޗެއް މީނާ ޅ.ނައިފަރު ޕޮލިސް ސްޓޭޝަންގައި އިށީނދެގެން އިން ގޮނޑީގެ ކައިރިން ފެނުމަކީ އިއްތިފާގެއް ނޫންކަމަށާއި، އެއީ އިސްތިއުނާފުކުރާ ފަރާތުގެ ހިޔާޒަތުގެ ދަށުގައި އޮތް އިސްތިއުނާފުކުރާ ފަރާތް ގެންގުޅުނު އެއްޗެއްކަމަށް ބަލައި ދަށު ކޯޓުން މައްސަލަ ނިންމާފައިވަނީ ޤާނޫނީ ނުވަތަ ޝަރުޢީ އުސޫލަކާއި ޚިލާފަށްނޫންކަމަށެވެ. މީގެ އިތުރުން ދަށު ކޯޓުގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގައި ފާހަގަކޮށްފައި ހުރި މަތީ މަރުހަލާގެ ކޯޓުތަކުގެ ނިންމުންތަކަކީ މި މައްސަލައިގެ ވާޤިޢާތަކާ އެއްވެސް ގުޅުމެއް ނެތް ޤަޟިއްޔާތަކެއްކަމަށް އިސްތިއުނާފުކުރާ ފަރާތުން ފާހަގަކުރާއިރު، އިސްތިއުނާފުކުރާ ފަރާތުގެ ހިޔާޒަތު މަސްތުވާ އެއްޗެއް އޮތްކަމާމެދު ދަށު ކޯޓުން މައްސަލަ ނިންމުމުގައި ޤާނޫނާ ޚިލާފުވެފައިވާ ގޮތެއް، ނުވަތަ ޤާނޫނު ތަޠުބީޤުކުރުމުގައި ހަދާފައިވާ ގޯހެއް އިސްތިއުނާފުކުރާ ފަރާތަށް ދެއްކިފައިނުވާކަމަށް އިތުރަށް ފާހަގަކޮށްފައިވެއެވެ. އިސްތިއުނާފު ރައްދުވާ ފަރާތުން އެދިފައިވާ ގޮތް:
11އިސްތިއުނާފުކުރާ ފަރާތުން މިމައްސަލައިގ އެދިފައިވަނީ، ފާދިއްޕޮޅު ކުރެންދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު: 22/G3C/2020 ޤަޟިއްޔާއިން އިސްތިއުނާފުކުރާ ފަރާތުގެ މައްޗަށް ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށް ސާބިތުބާކަމަށް ކަނޑައަޅާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ އެއްގޮތަށްކަމަށް ކަނޑައަޅާދިނުމަށެވެ. ޝަރީޢަތުން ފާހަގަކުރާ ކަންކަން:
12މިމައްސަލައާއި ގުޅިގެން ފާދިއްޕޮޅު ކުރެންދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު: 22/G3C/2020 ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓަށާއި، އެމައްސަލަ އިސްތިއުނާފުކުރުމަށް ޙުސައިން ޙަލީމްގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުކުތާތަކާއި ގުޅިގެން ދެފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާއި ގުޅުންހުރި އެންމެހައި ލިޔުންތަކަށް ބަލާއިރު އަންނަނިވި ކަންތައްތައް ޝަރީޢަތަށް ފާހަގަކުރެވެއެވެ.
13އިސްތިއުނާފުކުރެވިފައިމިވާ މައްސަލައިގައި ޙުސައިން ޙަލީމްގެ ފަރާތުން މައިގަނޑު ގޮތެއްގައި ބުނެފައިވަނީ ޙުސައިން ޙަލީމްގެ ހަށިގަނޑު ތެރެއިން މިމައްސަލާގައި ބުނާ މަސްތުވާތަކެތި ނެގީ ކޯޓު އަމުރެއް ނެތިކަމަށެވެ. އަދި ޑޮކްޓަރަށް ދައްކައި އެކްސް-ރ ނަގައި ބޭސް ދީ މިކަންކަން ކުރާކަށް ޙުސައިން ޙަލީމް ރުހުން ދީފައެއް ނުވާނެކަމަށެވެ. ވީމާ، ބޮޑު ކަމުދިޔަ ތަކެއްޗާއެކު ޙުސައިން ޙަލީމްގެ ހަށިގަނޑުގެ އެތެރެއިން ވެއްޓުނު އެއްޗަކީ ޤާނޫނާއި ޚިލާފަށް ފުލުހުން ހޯދި ހެއްކެއް ކަމަށެވެ. އެހެކީގެ މައްޗަށް ބިނާކޮށް ޙުސައިން ޙަލީމް ކުށްވެރިވެއްޖެކަމަށް ކަނޑައެޅުމަކީ ޤާނޫނާއި އެއްގޮތަށް ކުރި ކަމެއް ނޫން ކަމަށެވެ. އިސްތިއުނާފީ ފުރަތަމަ ނުކުތާއާގުޅޭ:
14މިއިސްތިއުނާފުގެ ފުރަތަމަ ނުކުތާ ބިނާކޮށްފައިވަނީ، ޙުސައިން ޙަލީމުގެ މައްޗަށް ކުށް ސާބިތުކޮށްފައިވަނީ ޤާނޫނުއަސާސީގެ 52 ވަނަ މާއްދާއާއި ޚިލާފަށް ހޯދާފައިވާ ހެކީގެ މައްޗަށް ބިނާކޮށްގެން ކަމަށް ބުނާ ބުނުމުގެ މައްޗަށެވެ. ޤާނޫނުއަސާސީގެ 52 ވަނަ މާއްދާއާ ޚިލާފަށް ހެކި ހޯދިކަމަށް ބުނާ ބުނުން ބިނާވަނީ، ޤާނޫނު ނަންބަރު: 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) (މީގެފަހުން "ޤާނޫނު") ގެ 55 ވަނަ މާއްދާގެ (ށ) ދަށުން މީހެއްގެ ޖިންސީ ގުނަވަން ބަލާފާސްކުރުމަށާއި ފޮޓޯ ނެގުމަށާއި، ހަށިނގަޑުގެ އެތެރެއިން ސާމްޕަލެއް ނެގެނީ ކޯޓު އަމުރެއްގެ ދަށުން ކަމަށްވާއިރު، އެފަދަ ކޯޓު އަމުރެއް ޙުސައިން ޙަލީމުއަށް ދައްކާފައި ނުވުން ކަމަށެވެ. ޤާނޫނުއަސާސީގެ 52 ވަނަ މާއްދާއާ ޚިލާފަށް ހޯދިކަމަށް ބުނާހެކި:
15HN1ޤާނޫނުއަސާސީގެ 52 ވަނަ މާއްދާގައި ބަޔާން ކުރަނީ: އިޢުތިރާފާއި، ޤާނޫނާ 52. ތުހުމަތުކުރެވޭ މީހާ ބުއްދި ސަލާމަތުން ހުރެ ޝަރީޢަތުގެ ޚިލާފަށް ހޯދާ ހެކި އިޢުތިރާފުތަކަކީ ހެއްކެއް ކަމުގައެއް ނުބެލެވޭނެއެވެ. މީހަކަށް މަޖުބޫރުކޮށްގެން ބަޔާން ހޯދުމާއި، ޤާނޫނާ ޚިލާފަށް ހެކި ހޯދުމަކީ އެއްވެސް ފަރާތަކުން ކޮށްގެންވާނޭ ކަންކަމެއް ނޫނެވެ. އެގޮތަށް ހޯދާ ބަޔާންތަކާއި ހެކިތައް ޝަރީޢަތަށް ޤަބޫލުކޮށްގެނެއް ނުވާނެއެވެ. މިފަދައިންނެވެ. ޤާނޫނުއަސާސީގެ މިނައްޞުގައި ޤާނޫނާ ޚިލާފަށް ހެކި ހޯދުމަކީ އެއްވެސް ފަރާތަކުން ކޮށްގެންވާނޭ ކަމެއް ނޫންކަމަށް ބަޔާން ކުރުމާއެކު އެގޮތަށް ހޯދާ ހެކިތައް ޝަރީޢަތަށް ޤަބޫލުކޮށްގެނެއް ނުވާނެ ކަމަށް ބަޔާން ކުރެއެވެ. ވީމާ، ވާހަކަ މިދެކެވެނީ ކުށް ސާބިތު ކުރުމަށް ޕްރޮސިކިއުޝަނުން ހުށަހެޅި ހެކީގެ ތެރެއިން ސުވާލު އުފައްދާ ހެކީގެ ޝަރުޢިއްޔަތު (legality) އާމެދުގައެވެ.
16ޤާނޫނުއަސާސީގެ 52 ވަނަ މާއްދާއިން ސާފުކޮށް ބަޔާންކުރާ އެއްކަމަކީ، ޤާނޫނާ ޚިލާފަށް ހޯދާ ހެކިތައް ޝަރީޢަތަށް ޤަބޫލުކޮށްގެން ނުވާނެ ކަމެކެވެ. ކުށުގެ ދަޢުވާތަކާއި ގުޅިގެން، އެކުށް ސާބިތު ކުރުމަށް ހުށަހަޅާ ހެއްކަކީ، ޤާނޫނާ ޚިލާފަށް ހޯދާފައިވާ ހެކިކަމަށް ޤަބޫލު ކުރެވިގެން އެހެކި ޝަރީޢަތުން ޤަބޫލުކޮށްގެން ނުވާނެކަމަށް ބުނާފަރާތުން ޢަމަލު ކުރަންވީ އިޖުރާއަތު ބަޔާން ކުރަނީ ޤާނޫނުގައެވެ. އެ ޤާނޫނުގެ 119 ވަނަ މާއްދާގައި ބަޔާން ކުރަނީ: ޝަރީޢަތުގެ 119. (ހ) އަންނަނިވި ހުށަހެޅުންތަކަކީ ޝަރީޢަތް ފެށުމުގެ ކުރިން ކުރިން ހުށަހަޅަންޖެހޭ ފުށުމުގެ ކުރިން އެއިން ހުށަހެޅުމެއް ހުށަނާޅައިފިނަމަ، ޝަރީޢަތް އެކަންކަން ހުށަހެޅުމަށް އޮތް ފުރުޞަތު ދޫކޮށްލީ ކަމުގައި ބެލޭނެއެވެ. (3) ވަކި ހެއްކަކީ ޝަރީޢަތަށް ޤަބޫލުނުކުރެވޭނެ ހެކި ކަމުގައި ކަނޑައަޅައިދިނުމަށް އެދި ހުށަހަޅާ ހުށަހެޅުން؛
(ށ) މި މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރު އެހެން އޮތްނަމަވެސް، ވަކި ހެއްކެއް ހާމަވީ، ޝަރީޢަތް ފެށުމަށް ފަހުގައި ކަމަށްވާނަމަ، އެ ނަންބަރުގައި ބަޔާންކުރާފަދަ ހުށަހެޅުމެއް، ޝަރީޢަތް ފެށުމަށް ފަހުގައިވެސް ހުށަހެޅިދާނެއެވެ.
17ވީމާ، މިމައްސަލައިގައި ޙުސައިން ޙަލީމުގެ ފަރާތުން ސުވާލު އުފައްދާ ހެކި ޝަރީޢަތުން ޤަބޫލުކޮށްގެން ނުވާނެކަމަށް ބުނެ ހުށަހެޅުމެއް ހުށަހަޅަންޖެހެނީ ހުސައިން ޙަލީމެވެ. ނުވަތަ އޭނާގެ ދިފާޢުގައި މަސައްކަތްކުރި ވަކީލެވެ. މިއިސްތިއުނާފާއެކު ހުށަހަޅާފައިވާ ލިޔުންތަކަށާއި ދަށު ކޯޓުގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގައި ލިޔެފައިވާ ލިޔުންތައް އެއްކޮޅުން އަޅެއްކޮޅަށް ބެލިއިރުވެސް، ވަކި ހެއްކަކީ ޝަރީޢަތަށް ޤަބޫލުނުކުރެވޭނެ ހެކި ކަމަށް ބުނެ މުއްތަހަމުގެ ފަރާތުން ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމެއް ހުށަހެޅިކަން އެނގޭކަށް ނެތެވެ.
18ވީމާ، ސަބަބެއް ކަމަށް ބަޔާންކޮށް، ޤާނޫނުއަސާސީގެ 52 ވަނަ މާއްދާއާ ޙަވާލާދީ ޤާނޫނާއި ޚިލާފަށް ހޯދި ހެކީގެ މައްޗަށް ކުށް ސާބިތު ކުރިކަމަށް މިހާރު މިކޯޓުގައި ބުނިނަމަވެސް، ޖިނާއީ އިޖުރާއަތު ބަޔާން ކުރާ ގޮތުން އެމައުޟޫޢު ފަށަންޖެހެނީ ދަށު ކޯޓުގައެވެ. މިކޯޓަކު ނޫނެވެ. ވަކި ހެއްކަކީ ޝަރީޢަތަށް ޤަބޫލު ނުކުރެވޭނެ ހެކިކަމުގައި ކަނޑައަޅައިދިނުމަށް އެދި ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމެއްގެ ގޮތުގައި ހުށަހަޅާފައި ނެތްނަމަ، ޤާނޫނު ބުނަނީ އެހުށަހެޅުމަށް އޮތް ފުރުޞަތު ދޫކޮށްލީ ކަމުގައި ބެލޭނެ ކަމަށެވެ.
19ޤާނޫނުން ލިބިދީފައި އޮތް އިސްތިސްނާއަކީ ވަކި ހެއްކެއް ހާމަވީ، ޝަރީޢަތް ފެށުމަށް ފަހުގައި ކަމަށްވާނަމަ، ޝަރީޢަތުގެ ތެރޭގައިވެސް އެފަދަ ހުށަހެޅުމެއް ހުށަހަޅަން ފުރުޞަތު ދިނުމެވެ. ނަމަވެސް މިމައްސަލައިގައި، ޤާނޫނާއި ޚިލާފަށް ހޯދިކަމަށް ބުނާ ހެއްކަކީ ޝަރީޢަތް ފެށުމުގެ މާކުރިން މުއްތަހަމާއި ލިޔުންތައް ޙަވާލުކުރިއިރު އެހެކީގެ މަޢުލޫމާތު ޙިއްޞާކޮށްފައިވާ ހެއްކެކެވެ. އަދި ޚުދު މުއްތަހަމުގެ ފަރާތުން މިހެއްކާބެހޭ ގޮތުން ދަށު ކޯޓުގެ ޝަރީޢަތުގައި ވާހަކަ ދައްކާފައިވެސް ވެއެވެ. ވީމާ، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 119 ވަނަ މާއްދާގެ (ހ) ބަޔާންކުރާ ގޮތާއި ޚިލާފަށް މިކޯޓުން މި ހެކީގެ ޝަރުޢިއްޔަތާއިމެދު (legality) މިހާރު ވާހަކަދައްކަން ފުރުޞަތު ދޭންޖެހޭ ޤާނޫނީ އެއްވެސް ސަބަބެއް ނެތެވެ. ދަށު ކޯޓުގެ ޝަރީޢަތުގައި ދެއްކި ވާހަކަ:
20އިސްތިއުނާފު ކުރާ ފަރާތުން ޙަވާލާދޭ ހެއްކަކީ ޤާނޫނާ ޚިލާފަށް ހޯދި ހެކިކަމަށް ބުނެ ހުށަހެޅި ނުކުތާއާއި ގުޅިގެން ދަށު ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދެއްކި ވާހަކަތަކުގައި ފާހަގަ ކޮށްފައިވަނީ: "...ޙުސައިން ޙަލީމް އެއްވެސް ފަހަރަކު އެބޭފުޅާގެ ހަށިގަނޑުގެ އެތެރެއިންވިޔަސް އަދި އެކްސްރޭ ނެގުންކަމަށްވިޔަސް، ބޭސްދިނުންކަމަށްވިޔަސް، އެފަދަ އެއްވެސް ކަމެއް ކުރާކަށް ރުހުންދީފައި ނުވާކަން ދިފާޢުން ބުނާކަމާ، އެހެން ނަމަވެސް ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ފަރާތެއްގެ ޙައިސިއްޔަތުން ނ ޗޮއިސްގައި އެފަރާތަށް އެހެން އެއްވެސް ގޮތެއް ނެތިގެން އެފަރާތް ބޭސް ބޭނުންކޮށް އެފަރާތަށް މަޖްބޫރީ ޙާލަތުގައި އެފަރާތުގެ ހަށިގަނޑުން ސާމްޕަލް ނަގައި މިފަދަ ކަންކަން ކުރިކަން ދިފާޢުން ފާހަގަކުރާކަމާ، ކޯޓު އަމުރަކާ ނުލައި މިފަދަ އެއްވެސް ކަމެއް ކުރުމަށް ޙުސައިން ޙަލީމް އަބަދުވެސް އިންކާރު ކުރިކަމާ، އަނެއްކަމަކަށް މިމައްސަލައިގެ ސީންގައި ޙަރަކާތްތެރިވެ ވަޑައިގެންނެވި ފުލުހުންނާއި، ޑޮކްޓަރަށް ދެއްކުމަށްޓަކައި ވަޑައިގެންނެވި ހުރިހާ ފުލުހުންގެ ހެކިބަހުންވެސް ހަމަ އެއްވެސް ޝައްކެއްނެތް މިންވަރަށް ޙުސައިން ޙަލީމް ކޯޓު އަމުރަކާ ނުލައިކަން މިދެންނެވި ކަންކަން ކޮށްފައިވަނީ. އެހެންވީމާ ޙުސައިން ޙަލީމްގެ ހަށިގަނޑުންވެސް އަދި ޙުސައިން ޙަލީމްގެ ގޮހޮރުގެ ތެރެއިން ބޮޑުކަމުދާ އެއްޗެހީގެ ގޮތުގައި ފޭބި އެއްޗެއްސަކީވެސް ޙުސައިން ޙަލީމްގެ މިދެންނެވި އިޖުރާއަތްތަކާއި އެއްގޮތަށް އަދި އެފަރާތުގެ ރުހުމާއި އެއްގޮތް ވާގޮތުގެ މަތިން ނަގާފައިވާ ތަކެތި ނޫންކަމަށް ދިފާޢުން ފާހަގަކުރާކަމާ، ސާބިތުހިފޭ ހެކި ޤަރީނާގެ ޢަލީގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ވަޑައިގެންނެވި ބޭފުޅުންނާއި ޑޮކްޓަރުންގެ ބަހުންވެސް ދެންމެ މިދެންނެވި ކަންކަން ފާހަގަވާކަމަށް ދިފާޢުން ބުނާކަމާ، އެހެންވީމާ މިޙާލަތުގައި ޢަމަލުކުރާނެ ޤާނޫނުތަކަކީ ކޮބައިކަމާ، މަތީ މަރްޙަލާގެ ކޯޓުތަކުގެ ނިންމުންތަކާއި މިފަދަ ހުރިހާ އެއްޗެއް ރެފެރަންސްގެ ގޮތުގައި ކޯޓާ ޙިއްޞާކޮށްފައިވާނެ ކަމާ... ހައްޔަރުކޮށް ބަންދުގައި ހުރި މީހަކު ބަލާފާސްކުރުން:
21HN2އެކަށީގެންވާ ސަބަބެއް ނެތި ބަލައި ފާސްކުރުމަކީ ޤާނޫނުއަސާސީ ހުއްދަ ކުރާ ކަމެއް ނޫނެވެ. މީހަކު ބަލައި ފާސް ކުރާނެ އަސާސީ ހަމަތައް ބަޔާންކުރާ ޤާނޫނަކީ ޤާނޫނު ނަންބަރު: 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) (މީގެ ފަހުން "ޤާނޫނު") އެވެ. އަދި އެޤާނޫނުގެ ދަށުން ހަދާފައިވާ ޤަވާއިދު ނަންބަރު :2019/R-1052 (ޖިނާއީ މައްސަލަތައް ތަޙުޤީޤުކުރުމުގައި ފުލުހުން ޢަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދު) (މީގެ ފަހުން "ގަވާއިދު") އެވެ. އެމީހެއްގެ ރުހުން އޮވެއްޖެނަމަ އެމީހަކު ބަލައި ފާސްކުރަން ޤާނޫނީ ހުރަހެއް ނެތެވެ. އެމީހެއްގެ ރުހުން ނެތްނަމަވެސް ވަކި ޙާލަތްތަކެއްގައި ޤާނޫނާއި ގަވާއިދުގައި ވާގޮތަށް އެމީހަކު ބަލައި ފާސް ކުރެވޭނެއެވެ.
22HN3އިސްތިއުނާފު ކުރެވިފައިވާ މައްސަލައަށް ބަލާއިރު، އިސްތިއުނާފު ކުރާ ފަރާތް ބަލާފާސްކުރިކަމަށް ބުނާ ބުނުމަކީ އޭނާ ހައްޔަރުކޮށް ބަންދުގައި ހުރި އިރުގައި ކޮށްފައިވާ ކަމެއް ކަމަށް ފެނެއެވެ. ފުލުހުން ހައްޔަރުކޮށް ބަންދުގައި ބަހައްޓާފައި ހުންނަ މީހަކު ބަލައި ފާސްކުރެވިދާނެ ގޮތްތަކެއް ޤާނޫނާއި ގަވާއިދުގައި ބަޔާން ކުރެއެވެ. އެއީ:
22.1 ޕެޓް ޑައުން ސަރޗް (Pat down search): ޤާނޫނުގައި މިބާވަތުގެ ބަލާފާސްކުރުން ކަމަށް ބަޔާންކުރަނީ "އޭނާ ލައިގެން ހުރި އަންނައުނުގެ ބޭރުން ބަލައިފާސްކުރުން" ކަމަށެވެ. މިއީ ޢާންމު އުޞޫލުން މީހަކު ބަލައިފާސްކުރަން ޖެހޭ ގޮތެވެ. މިކަން ޤާނޫނުގައި އޮތް "އެމީހެއްގެ ޖިންސީ ގުނަވަނެއް ފިޔަވައި، އެހެން ތަންތަން، ލައިގެން ހުރި ހެދުން މަތިން އަތްލައިގެން ނުވަތަ ޑިޓެކްޓަރެއް ޖައްސައިގެން ބަލައި ފާސްކުރުން" މިޢިބާރާތުން އެނގެއެވެ. އުޞޫލެއްގެ ގޮތުން މިބާވަތުގެ ބަލާފާސްކުރުމަކީ މީހަކު ލައިގެން ހުންނަ އަންނައުނުގެ ބޭރުން އަވަސް އަވަހަށް އަތް ހިންގާލައިގެން ބަލާފާސްކުރާ ކުރުމެވެ. މިކަން ކުރުމަށް ކޯޓު އަމުރެއް ބޭނުމެއް ނުވެއެވެ.
22.2. ސްޓްރިޕް ސަރޗް (Strip Search): ޤާނޫނުގައި މިބާވަތުގެ ބަލާފާސްކުރުން ކަމަށް ބަޔާން ކުރަނީ " މީހަކު ލައިގެން ހުންނަ އަންނައުނު ހިއްލައިގެން ނުވަތަ ބާލުވައިގެން، އޭނާގެ ހަށިގަނޑު ބަލައި ފާސްކުރުން" ކަމަށެވެ. އުޞޫލެއްގެ ގޮތުން މިބާވަތުގެ ބަލާފާސްކުރުމަކީ މީހަކު އޮރިޔާން ކޮށްގެން ކުރާ ކަމަކަށްވާތީ، އެކަން ކުރަންޖެހޭނީ އިންސާނީ ކަރާމް ނުގެއްލޭނެހެން، ވީހާވެސް ކުޑަކޮށް އައުރަކަޝްފު ކުރުމަށް ސަމާލު ކަންދީގެންނެވެ. ބަލައި ފާސްކުރުމުގައި ކުށުގެ ތުހުމަތުގައިވާ މީހާގެ ޖިންސީ ގުނަވަނެއް ހާމަކުރަންޖެހޭނަމަ ކޯޓު އަމުރެއް ހޯދަންވާނެކަމަށް ގަވާއިދުގައި ބަޔާން ކުރެއެވެ. މިބާވަތުގެ ބަލައި ފާސްކުރުމުގައި ޖިންސީ ގުނަވަނެއްގެ އެތެރެ ބަލައި ފާސްކުރުމެއް ނުހިމެނޭނެއެވެ.
22.3. އިންޓިމޭޓް ސަރޗް (Intimate search): މިބާވަތުގެ ސަރޗް އަކީ ކޮބާކަމެއް ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި ސާފުކޮށް ބަޔާން ކޮށްފައި ނެތަސް، "މީހެއްގެ ޖިންސީ ގުނަވަނެއް ބަލައި ފާސްކުރުން" ކަމަށް ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި ބަޔާން ކުރާތީ، އާއި އަންގަ ފިޔަވައި ހަށިގަނޑުގެ ހުޅުވިފައި ހުންނަ ގުނަވަން (orifices) ތަކުން ސާމްޕަލް ނެގުމަށް ވަކި އިޖުރާއަތެއް ބަޔާން ކުރާތީ، އާއި އިންވޭސިވް ސަރޗެއް ހަދަންޖެހިއްޖެނަމަ، އެކަން ކުރަންވާނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 55 ވަނަ މާއްދާގައި ބަޔާން ކުރާ އިޖުރާއަތުތަކާއި އެޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ އިތުރު އިޖުރާއަތުތަކާ އެއްގޮތަށް ކަމަށް ބަޔާން ކުރާތީ، އެއީ އިންޓިމޭޓް ސަރޗް ކަމަށް ބުރަވެވެން އޮވެއެވެ. މިފަދަ ސަރޗެއް ހެދޭނީ ކޯޓު އަމުރެއްގެ ދަށުންނެވެ.
22.4. އިންވޭސިވް ސަރޗް (Invasive search): ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި މިބާވަތުގެ ސަރޑްގެ ތަޢުރީފެއް ބަޔާން ކޮށްފައެއް ނެތެވެ. މިބާވަތުގެ ސަރޗް އަކީ، ހައްޔަރުކޮށް ބަންދުގައި ހުންނަ މީހާގެ ހަށިގަނޑުގެ އެތެރޭގައި ނޫނީ ހަށިގަނޑުގައި ހުޅުވިފައި ހުންނަ ގުނަވަންތަކުން ގުނަވަނެއްގެ އެތެރޭގައި، ހެއްކެއް، މުދަލެއް، ޤާނޫނާއި ޚިލާފު އެއްޗެއް ރައްކާކޮށްފައިވޭތޯ ބެލުމާއި އެއެއްޗެއް ނެގުމަށް ބަލައި ފާސްކުރާ ކުރުމެވެ. އުޞޫލެއްގެ ގޮތުން، ބައެއް ޖުރިސްޑިކްޝަން ތަކުގައި އިންސާނާގެ އަންގަ ފިޔަވައި، އަނެއްބައި ޖުރިސްޑިކްޝަން ތަކުގައި އަނގަޔާއި ނޭފަތާއި ކަންފަތް ފިޔަވައި، އިންސާނާގެ ހަށިގަނޑުން ހުޅުވިފައި ހުންނަ ދޮރުތައް (orifices) ޢަމަލީގޮތުން ބަލައިފާސް ކުރެވެނީ މިބާވަތުގެ ސަރޑްގައެވެ. މިފަދަ ބަލާފާސް ކުރުމެއް ކުރެވޭނީ ކޯޓު އަމުރެއްގެ ދަށުންނެވެ.
23މިމައްސަލައިގައި، ޙުސައިން ޙަލީމްގެ ހަށިގަނޑު ގާތުން ބަލާފާސްކުރުމަށް ކޯޓު އަމުރެއް ހޯދާފައި ވެއެވެ. އެއަމުރުގެ ދަށުން ކުރަން ބޭނުންވާކަމަށް ބަޔާން ކުރާ ކަންކަމަކީ، "... ޙުސައިން ޙަލީމްގެ ހަށިގަނޑުގައި މަސްތުވާތަކެތި ރައްކާކޮށްފައި ވޭތޯ ބެލުމަށް އޭނާގެ ޖިންސީ ގުނަވަން ބަލައި ފާސްކޮށް ފޮޓޯ ނަގައި އަދި އޭނާގެ ހަށިގަނޑުގެ އެކްސް-ރ ނެގުމާއި މައްސަލައާއި ގުޅުންހުރި ހެއްކާ ޤަރީނާ..." ހޯދުމެވެ.
24HN4މީހެއްގެ ހަށިގަނޑުގައި އެއްޗެއް ފޮރުވާފައިވޭތޯ ބަލާފާސްކުރުމާއި މީހެއްގެ ހަށިގަނޑުގެ އެތެރޭގައި އެއްޗެއް ފޮރުވާފައިވޭތޯ ބަލާފާސްކުރުމާއި މިއީ ޤާނޫނީ ހަމައަކުން ބަލާއިރު ތަފާތު ކަންކަމެވެ. ވާހަކަ މިދެކެވެނީ އިންސާނެއްގެ ހަށިގަނޑުގެ ބޭރާއި ހަށިގަނޑުގެ އެތެރޭގެ ވާހަކަ ކަމަށްވާތީ، މިތަފާތަކީ ބަލާފާސްކުރުމުގައި މުހިންމު ތަފާތު ތަކެކެވެ. މީހަކު ލައިގެން ހުންނަ އަންނައުނު ބާލާތަނުން އޭނާގެ ހަށިގަނޑުގެ ބޭރު އެއްކޮށް ފެންނާނެއެވެ. އައުރު ކަޝްފުވާނެއެވެ. ނަމަވެސް މީހަކު އަންނައުނު ބެލިނަމަވެސް އޭނާގެ ހަށިގަނޑުގެ އެތެރެއެއް ނުފެންނާނެއެވެ. ވީމާ ހަށިގަނޑުގެ އެތެރެ ބަލައި ފާސްކުރުމަކީ ސްޓްރިޕް ސަރޗެއް ނޫނެވެ.
މިމައްސަލައިގައި ފުލުހުން ޢަމަލުކުރީ ކިހިނެތް؟
25HN5މިމައްސަލައިގައި ކޯޓުން އަމުރު ކޮށްފައިވަނީ، ޙުސައިން ޙަލީމްގެ ހަށިގަނޑުގައި މަސްތުވާތަކެތި ރައްކާކޮށްފައި ހުރިތޯ ބެލުމަށް ޙުސައިން ޙަލީމްގެ ޖިންސީ ގުނަވަން ބަލައިފާސްކޮށް ފޮޓޯނަގައި އަދި މީނާގެ ހަށިގަނޑުގެ އެކްސް-ރ ނަގައި، މައްސަލައާއި ގުޅުންހުރި ހެއްކާ ޤަރީނާ ހޯދުމަށެވެ. އަދި މިއަމުރުގައި ބަޔާން ކުރާގޮތުން މިއަމުރުގެ ދަށުން ބަލާފާސް ކުރަންވާނީ ބޭސްކުރުމުގެ ހުއްދަ ލިބިފައިވާ ޑޮކްޓަރެއް ނުވަތަ ހުއްދަ ލިބިފައިވާ ޞިއްޙީ އެހީތެރިއެއްގެ އެހީގައެވެ.
26މިކަން ކުރުމުގެ ގޮތުން، ޙުސައިން ޙަލީމްގެ ސްޓްރިޕް ސަރރެއް ނުވަތަ އިންޓިމޭޓް ސަރޗެއް ނޫނީ އިންވޭސިވް ސަރރެއް ހެދިކަން އެނގޭކަށް އެނގޭކަށް ނެތެވެ. ޙުސައިން ޙަލީމްގެ ހަށިގަނޑުގެ އެތެރޭގައި މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ހުރި ބޮޑިވަރެއް ރައްކާކޮށްފައި އޮންނާނެ ކަމުގެ މަޢުލޫމާތު ޙުސައިން ޙަލީމް ފުލުހުންނަށް ދީފައިވާތީ، އިންޓިމޭޓް ސަރރެއް ނޫނީ އިންވޭސިވް ސަރޗެއް ހަދަންޖެހޭ އިތުރު ސަބަބެއް ނެތެވެ. އެކަން ޔަޤީން ކުރުމުގެ ގޮތުން ކުރަންޖެހޭ ކަމަކީ ޑޮކްޓަރަށް ދައްކައިގެން ޙުސައިން ޙަލީމްގެ އެކްސް-ރޭއެއް ނެގުމެވެ.
27ހައްޔަރުކޮށް ބަންދުގައި ހުރި މީހެއްގެ ހަށިގަނޑު އެކްސް-ރ ނެގުމަށްޓަކައި ޢަމަލު ކުރަންޖެހޭ އިޖުރާއަތާއި އިންވޭސިވް ސަރރެތެއް ހެދުމަށް ޢަމަލު ކުރަންޖެހޭ އިޖުރާއަތް އެއްގޮތް ވުމުގެ މާނައަކީ އެކްސް-ރ ނެގުމަކީ އިންވޭސިވް ސަރރެއް ކަމަށް ވުމެއް ނޫނެވެ. ޙުސައިން ޙަލީމް ޑޮކްޓަރަށް ދެއްކީ ޙުސައިން ޙަލީމްގެ ހަށިގަނޑުގެ އެތެރޭގައި މަސްތުވާތަކެތި ފޮރުވާފައި ހުރިކަމަށް ބުނެގެން ކޯޓު އަމުރެއްގެ ދަށުންނެވެ. ޤާނޫނާއި ގަވާއިދުގައި މިފަދަ އަމުރެއް މުއްތަހަމަށް ދައްކަންޖެހޭކަމަށް ބަޔާނެއް ނުކުރެއެވެ. އޭނާ ރުހުން ނުދިނަސް ކޯޓު އަމުރެއްގެ ދަށުން އެއަމުރުގައިވާ ގޮތަށް ހައްޔަރުކޮށް ބަންދުކޮށްފައި ހުންނަ މީހާގެ އިންޓިމޭޓް ސަރޗް އަދި އިންވޭސިވް ސަރޗް ހެދޭނެއެވެ. އަދި ތަޙުޤީޤާއިގުޅިގެން އޭނާގެ ހަށިގަނޑުގެ އެތެރޭގައި އޮތް އެއްޗެއް ނެގުމަށްޓަކައި "ހަށިގަނޑުގެ އެތެރެއިން ސާމްޕަލް" ނަގާ އިޖުރާއަތާ އެއްގޮތަށް އެއެއްޗެއް އޭނާގެ ހަށިގަނޑުން ނެގޭނެއެވެ.
28ވީމާ، މިމައްސަލައިގައި، ޙުސައިން ޙަލީމް ޑޮކްޓަރަށް ދައްކައި، އެކްސް-ރ ނަގައި، ޑޮކްޓަރުގެ އިރުޝާދުގެ ދަށުން ބޭސްދީގެން ޙުސައިން ޙަލީމްގެ ހަށިގަނޑުގެ އެތެރޭގައި ރައްކާކޮށްފައިވާ މަސްތުވާތަކެތި ބޮޑުކަމުދާ ތަކެއްޗާއިއެކު ބޭރުކޮށް ފުލުހުން ހޯދީ ޤާނޫނާއި އެއްގޮތަށެވެ. އެހެކި ހޯދުމުގައި ޤާނޫނާއި ޚިލާފަށް ފުލުހުން ކުރިކަމެއް ޙުސައިން ޙަލީމަކަށް ބަޔާނެއް ނުކޮށް ދެވެއެވެ. އިސްތިއުނާފީ ދެވަނަ ނުކުތާ:
29އިސްތިއުނާފީ ދެވަނަ ނުކުތާގައި ބަޔާން ކުރަނީ ޙުސައިން ޙަލީމުގެ ޙިޔާޒަތުގެ ދަށުން މަސްތުވާ އެއްވެސް އެއްޗެއް ފެނިފައިނުވާ ކަމަށެވެ. ވީމާ، ދަޢުވާގައި ބުނާ މަސްތުވާތަކެތި ޙުސައިން ޙަލީމުގެ ހިޔާޒަތުގެ ދަށުން ފެނުނުކަމުގައި ކަނޑައަޅައި، ކުށް ސާބިތުކޮށްފައިވަނީ ރަނގަޅަށް ނޫން ކަމަށެވެ.
30HN6ޙުސައިން ޙަލީމު މަޢުލޫމާތު ދީގެން ޙުސައިން ޙަލީމު ޑޮކްޓަރަށް ދެއްކިވާހަކަ ކުރީގެ ނުކުތާގައި ބަޔާން ކުރެވިއްޖެއެވެ. ޙުސައިން ޙަލީމު ބޮޑުކަމު ދިއުމުން އޭނާގެ ފުރަގަސްފަރާތުން ފޭބި ނަޖިހާއެކު ވެއްޓުނު އެތީގެ ވާހަކަވެސް ކުރިން ބަޔާން ކުރެވިއްޖެއެވެ. އެއެއްޗެއް ފުލުހުން ނިއުޅުވައި ބެލިއިރުއިރު ހުރީ މަސްތުވާތަކެއްޗެވެ. އެއީ ކޮންއެއްޗެއްކަން ރިޕޯޓުން އެނގެއެވެ.
31ވީމާ، މިދަޢުވާގައި ބަޔާންކުރާ މަސްތުވާތަކެތީގެ ހިޔާޒަތާއި ޙުސައިން ޙަލީމުއާއި ގުޅުމެއް ނެތްކަމަށް ޙުސައިން ޙަލީމުގެ ފަރާތުން މިބުނާ ބުނުމަކީ ޤާނޫނީ އަސާސެއްގެ މައްޗަށް ބިނާނުކޮށް ބުނާ ބުނުމެވެ. ޙުސައިން ޙަލީމް އިން ގޮޑިދަށުން ފެނުނު މަސްތުވާތަކެއްޗާއި ޙުސައިން ޙަލީމު ބޮޑުކަމުދިއުމުން ވެއްޓުނު ތަކެއްޗާއި ބަންދުކޮށްފައިވާ ގޮތަށް ބަލާއިރު އެ ދެއެތީގައިވެސް ހުރީ ކަޅާއި ރަތް ކުލައިގެ އިންސިއުލޭޝަން ޓޭޕް އޮޅާފައެވެ. ގޮޑިދަށުން ފެނުނު ބޮޑިވަރުގައި އޮތީ 06 ޕެކެޓެވެ. ޙުސައިން ޙަލީމްގެ ހަށިގަނޑުގައި އަދި 05 ޕެކެޓް ރައްކާކޮށްފައި ވާނެކަމަށް ޙުސައިން ޙަލީމް މަޢުލޫމާތު ދިންއިރު، ޙުސައިން ޙަލީމް ބޮޑުކަމުދިއުމުން ވެއްޓުނު ބޮޑިވަރު ނިއުޅާ ބެލިއިރު އޭގައި ހަމަ އޮތީ 05 ޕެކެޓެވެ. ވީމާ، ޙުސައިން ޙަލީމް އާއި މިތަކެތީގެ ހިޔާޒަތު ނުގުޅުވޭނެކަމަށް ބުނާ ބުނުމަކީ ރަނގަޅު ބުނުމެއް ނޫނެވެ. ނިންމަން ފެންނަގޮތް މަތީގައި ބަޔާންވެދިޔަ ސަބަބުތައް އެހެން ހުރުމުން ފާދިއްޕޮޅު ކުރެންދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު:22/G3C/2020 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަށް ބަދަލެއް ގެންނަންޖެހޭ ޤާނޫނީ ސަބަބެއްނެތެވެ.
ފަނޑިޔާރު މުޙައްމަދު ޝަނީޒް ޢަބްދުﷲގެ ރައުޔު؛
32ފަނޑިޔާރު މުޙައްމަދު ނިޔާޒްގެ ރައުޔަށް އަހުރެން ތާޢީދު ކުރަމެވެ.
ފަނޑިޔާރު ޢަބްދުވްމާނިޢު ޙުސައިންގެ ރައުޔު؛
33ފަނޑިޔާރު މުޙައްމަދު ނިޔާޒްގެ ރައުޔަށް އަހުރެން ތާޢީދު ކުރަމެވެ.
ޙުކުމް
ދެންފަހެ ބަޔާންވެދިޔަ ސަބަބުތައް އެހެން ހުރުމުން، ފާދިއްޕޮޅު ކުރެންދޫ މެޖީސްޓްރޭޓް ކޯޓުގެ ނަންބަރު: 22/G3C/2020 ޤަޟިއްޔާ އިސްތިއުނާފުކުރުމަށްޓަކައި ޅ.ކުރެންދޫ، […] / ޙުސައިން ޙަލީމްގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ބިނާކޮށް އެޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭ ނުވަތަ ބާޠިލްކުރަންޖެހޭ ފަދަ ސަބަބެއް ނެތްކަމަށް ކަނޑައަޅައި، މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމް ކޮށްފީމެވެ. މިޤަޟިއްޔާ ބަލައި ޙުކުމް ކުރީ
ފުޓްނޯޓު
- އައި.ޑީ ކާރޑް ނަންބަރު:
- މި މަޢުލޫމާތު ލިބުމާއި ގުޅިގެން ފާދިއްޕޮޅު ނައިފަރު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 20( HA/G2C/2020/28 ޖޫން 2020) ހައްޔަރު ކުރުމުގެ އަމުރަށް އެދި ފަނޑިޔާރަށް ހުށަހަޅާ ފޯމް އިން ހައްޔަރުކުރުމުގެ އަމުރަކަށް އެދިފައިވޭ
- ފާދިއްޕޮޅު ނައިފަރު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު G2C-CA/131/2020 ކޯޓު އަމުރު (21 ޖޫން 2020)
- ފާދިއްޕޮޅު ނައިފަރު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު EA/G2C/2020/27 ޖިންސީ ގުނަވަން ބަލާފާސްކުރުން ނުވަތަ ފޮޓޯނެގުން ނުވަތަ ހަށިގަނޑުގެ ތެރެއިން ސާމްޕަލް ނެގުމުގެ އަމުރަށް އެދި ފަނޑިޔާރަށް ހުށަހަޅާ ފޯމް
- ފާދިއްޕޮޅު ނައިފަރު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު G2C-CA/132/2020 ކޯޓު އަމުރު (20 ޖޫން 2020)
- ޅަވިޔަނި އަތޮޅު ހޮސްޕިޓަލްގެ ނަންބަރު 146/OPD/2020 މެޑިކަލް ރިޕޯޓް
- ޅަވިޔަނި އަތޮޅު ހޮސްޕިޓަލްގެ ނަންބަރު 147/OPD/2020 މެޑިކަލް ރިޕޯޓް
- މޯލްޑިވްސް ޕޮލިސް ސަރވިސް ގެ ނަންބަރު L2/E(N2)/SCOR/2020/22 ސީން އޮފް ކްރައިމް އޮފިސަރސް ރިޕޯޓް
- މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު L(e)/DR/2020/916 މަސްތުވާތަކެތި ތަޙްލީލް ރިޕޯޓު
- އބމ
- ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހުގެ ނަންބަރު DH/G3C/2020/03 (04 އޮގަސްޓް 2020) ދަޢުވާ ހުށަހަޅާ ފޯމް
- ޙުކުމުގައި HCA ޖެހިފައި އެވަނީ ލިޔުމުގެ ކުށަކުންކަމަށް ބެލެވެއެވެ. ރަނގަޅު ގޮތަކީ SCA އެވެ.
- ފާދިއްޕޮޅު ކުރެންދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 22/G3C/2020 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގައި ޝަރީޢަތުގެ މަޖިލީސްގައި ދިފާއުން ފާހަގަކޮށްފައިވާ ކަންކަމުގެ ހަތަރުވަނަ ނުކުތާ
- ޤާނޫނުއަސާސީގެ 47 ވަނަ މާއްދާގެ (ށ).
- ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 38 ވަނަ މާއްދާގެ (ށ) އަދި (ށ).
- ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 53 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރު.
- ޖިނާއީ އިޖުރާއަތުގެ 38 ވަނަ މާއްދާގެ (ށ) ގެ (3) ގައި ބަޔާންކުރާ ގޮތް އަދި 53 ވަނަ މާއްދާގެ (ށ) ގެ (1) ގައި ބަޔާން ކުރާ ގޮތް.
- ޖިނާއީ އިޖުރާއަތުގެ 53 ވަނަ މާއްދާގެ (ށ)ގެ (2) ވަނަ ނަންބަރާއި އެމާއްދާގެ (ނ) ގައި ބަޔާންކުރާ ގޮތް.
- ޤަވާއިދު ނަންބަރު:2019/R-1052 ގެ 51 ވަނަ މާއްދާގެ (ބ).
- އިންޓިމޭޓް ސަރަޗަކީ، އިންސާނާގެ ހަށިނގަޑުން ހުޅުވިފައިވާ ހުންނަ ގުނަވަންތައް ނުވަތަ ދޮރުތަކުގެ ތެރެއިން، ބައެއް ޤައުމުތަކުގައި އަންގަ ފިޔަވައި، އަނެއް ބައި ގައުމުތަކުގައި، އަނގަޔާއި، ނޭފަތާއި ކަންފަތް ފިޔަވައި ދެންހުރި ދޮރުތައް ޢަމަލީގޮތުން ނުވަތަ މާއްދީ ގޮތުން ބަލާފާސްކުރުމެވެ. މިއިން ތަނެއްގެ އެތެރޭގައި އެއްޗެއް ފޮރުވާފައިވާކަމަށް ޤަބޫލު ކުރެވިގެން، ބަލާ ފާސްކުރުމާއި އެއެއްޗެއް ނެގުމަކީ އިންވޭސިވް ނުވަތަ އިންޓްރޫސިވް (intrusive) ސަރޗް އެވެ. މިފަދަ ބަލާފާސް ކުރުމެއް ކުރިއަށް ގެންދެވޭނީ ހުއްދައޮތް މެޑިކަލް އޮފިސަރެއްގެ ލަފާގެ މަތިންކަމުގައި ގިނަ ޤައުމުތަކުގައި ބަޔާން ކުރެއެވެ. ރާއްޖޭގައިވެސް އެކަން އޮތީ އެގޮތަށެވެ.
- ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 55 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރު.
- ޤަވާއިދު ނަންބަރު:2019/R-1052 ގެ 110 ވަނަ މާއްދާގެ (ރ).
- ޖިނާއި އިޖުރާއަތުގެ ޤާނޫނުގެ 53 ވަނަ މާއްދާގެ (ވ).
- ދެލޮލާއި، ދެކަންފަތާއި ނޭފަތުގެ ދެހިނދުރިއާއި ފުރަގަސްފަރާތާއި ކުރިމަތިފަރާތް.
- ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 53 ވަނަ މާއްދާގެ (ވ).
- "ގާތުން ބަލާފާސްކުރުން" (އިންސާނާގެ ހަށިގަނޑުގައި ނުވަތަ ހަށިގަނޑުގެ ތެރޭގައި އެއްޗެއް ފޮރުވާފައިވޭތޯ ބަލައި ފާސްކުރުން) މި ޢިބާރާތަކީ ކުރިން ފުލުހުން ޢަމަލު ކުރަމުންދިޔަ ޤަވާއިދުގައި ބަޔާން ކުރާ ގޮތެވެ. މިހާރު ޢަމަލު ކުރަމުންދާ ޤާނޫނާއި ގަވާއިދުގައި "ގާތުން ބަލާފާސްކުރުން" މިޢިބާރާތް ބޭނުންކޮށްފައިވާތީ ނުފެނެއެވެ. ނަމަވެސް، "އިންވޭސިވް ސަރޗް" ގެ ވާހަކަ ބަޔާން ކުރެއެވެ.
- ކުރިން ޢަމަލު ކުރަމުންދިޔަ "ފުލުހުންނަށް ލިބިދީފައިވާ އެންމެހާ ޤާނޫނީ ބާރުތަކާއި އިޚްތިޔާރުގެ ބޭނުންހިފުމާބެހޭ ޤަވާއިދު"ގެ 33 ވަނަ މާއްދާއިން މިތަފާތު ގެނެސްފައިވާތީ ފެނެއެވެ. ނަމަވެސް މިހާރު ޢަމަލު ކުރަމުންދާ ޤާނޫނާއި ގަވާއިދުގައި މިތަފާތު ސާފެއް ނޫނެވެ.
- ޅ.ނައިފަރު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު:G2C-CA/132/2020 (20 ޖޫން 2020) ކޯޓު އަމުރު.
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 52 ވަނަ މާއްދާ
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 47 ވަނަ މާއްދާގެ (ށ)
- ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 119 ވަނަ މާއްދާގެ (ހ) ގެ (3) އަދި (ށ)
- ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 55 ވަނަ މާއްދާގެ (ށ) އަދި (ށ) ގެ (1)
- ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 53 ވަނަ މާއްދާގެ (ށ) ގެ (1) އަދި (2)، (ނ)، (ވ)
- ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 38 ވަނަ މާއްދާގެ (ހ)، (ށ)، (ޅ) ގެ (3)
- ގަވާއިދު ނަންބަރު R-1052/2019 (ޖިނާއީ މައްސަލަތައް ތަޙުޤީޤުކުރުމުގައި ފުލުހުން ޢަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދު) ގެ 51 ވަނަ މާއްދާގެ (ބ) އަދި 110 ވަނަ މާއްދާގެ (ޅ)
- ފުލުހުންނަށް ލިބިދީފައިވާ އެންމެހާ ޤާނޫނީ ބާރުތަކާއި އިޚްތިޔާރުގެ ބޭނުންހިފުމާބެހޭ ގަވާއިދުގެ 33 ވަނަ މާއްދާ (ކުރީގެ ގަވާއިދު، ފުޓްނޯޓުގައި)
- ޤާނޫނު ނަންބަރު 17/2011 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 123 ވަނަ މާއްދާގެ (ނ) (ދަޢުވާ ކުރެވުނު މާއްދާ)
ޝަރީޢަތުގެ ވީޑިއޯ
ހައިކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.