ޕްރިމޯސް ގްރޫޕް ޕްރައިވެޓް ލިމިޓެޑް ވ. އެޓަރނީ ޖެނެރަލްގެ އޮފީސް އަދި މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- ސިވިލް ކޯޓު 2373/Cv-C/2019
- ފަހުގެ ތާރީޚު
- ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް
ކޯ ޓާމްސް
ޚުލާޞާ
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ސަރުކާރަށް ބޭނުންވެގެން ކުއްޔަށްދިން ތަން ވަކިކުރުމުން ބަދަލުގެ ގޮތުގައި ދެވަނަ އެއްބަސްވުމުގެ ދަށުން ދޭންޖެހޭ ބިން، 'ބިން ޙަވާލުކުރި ލިޔުމެއް' ގައި ސޮއިކުރުމުން ޙަވާލުކުރެވުނީ ކަމަށް ބެލެވޭތޯ، އަދި ދައުލަތާއި މާލޭ ސިޓީ ކައުންސިލުން ދެވަނަ އެއްބަސްވުމާ ޚިލާފުވެފައިވޭތޯ އަދި ބަދަލު ހޯދުމުގެ ޙައްޤު ކާކާ ދެކޮޅަށް އޮތްތޯ.
ނިންމުން
ދަށުކޯޓުގެ ނިންމުމަށް ބަދަލު ގެނެސްފި (ދައުލަތަށް ދެކޮޅަށް)ދަށުކޯޓުގެ ނިންމުމަށް ބަދަލު ގެނެސްފި (ދައުލަތަށް ދެކޮޅަށް)؛ މާލޭ ސިޓީ ކައުންސިލަށް ދަޢުވާ ރައްދު ނުކުރެވޭ
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 ފަނޑިޔާރެއްގެ ނިންމުމަކީ ޢަދުލުވެރިކަމާއެކު ނިންމި ނިންމުމެއް ނޫނޭ ބުނުމަކުން ނުފުދޭނެއެވެ؛ ޢަދުލުވެރި ނޫންކަމަށް ބުނާ ޤާނޫނީ ސަބަބުތައް ބަޔާންކުރަންޖެހޭނެއެވެ (ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ށ)).
HN2 ބިމުގެ މައްޗަށް އަމިއްލައަކަށް ޙިޔާޒަތު ނުހޯދޭނެއެވެ. ދައުލަތުގެ ކަމާބެހޭ އިދާރާއަކުން ބިމެއް ޙަވާލުކުރީ ކަމަށް ބެލެވޭނީ، އެ ބިމުގެ އިންތަކާއި މިންތައް ވަކިކޮށް، ބިން އޮތްތަން ދައްކައި، ޤާނޫނީ ބާރު ލިބިފައިވާ އޮތޯރިޓީއަކުން ވާޤިޢީ ގޮތުން ޙަވާލުކުރުމުންނެވެ؛ ބިން އޮތް ތަނެއް ބަޔާންކޮށްދިނުމެއް ނުވަތަ ޙަވާލުކުރީމޭ ބުނެ ސޮއިކުރާ ލިޔުމެއް އެކަނި ބިން ޙަވާލުކުރުން ކަމުގައި ޝަރީޢަތުން ބަލައެއް ނުގަނެވޭނެއެވެ. ވިޔާފާރީގެ އުޞޫލުން ކުއްޔަށްދޭ ބިމަށާއި ބަދަލުގެ ގޮތުގައި ދޭ ބިމަށްވެސް މި ހުކުމް އެއްގޮތެވެ.
HN3 ޝަރީޢަތުން ހެކި ވަޒަންކުރަންޖެހޭނީ ލިޔުމެއްގެ މޫނުމަތީން ފެންނަ އޮތުމަށް ބަލައިގެން ނޫން، ހުށަހެޅިފައިވާ އެންމެހައި ހެކި ޤަރީނާތައް އެކުގައި ބަލައިގެންނެވެ.
HN4 ކުލި މުއްދަތު ހަމަވުމުގެ ކުރިން ސަރުކާރަށް ބޭނުންވެގެން ތަން ވަކިކުރާނަމަ ތަނަށް ކުރި ޚަރަދުގެ ބަދަލު ދޭންޖެހޭ ފަރާތެއް އެއްބަސްވުމުގައި ބަޔާންކޮށްފައި ނެތްނަމަ، އިފްތިރާޟްކުރެވޭނީ ތަން ބޭނުންވެގެން ހުސްކުރަން އަންގާ ފަރާތުން އެ ބަދަލު ދޭންޖެހޭނެ ކަމަށެވެ.
HN5 ފުރަތަމަ އެއްބަސްވުމުގައިވާ ފައިސާގެ ބަދަލުގެ ބަދަލުގައި ބިމެއް ކުއްޔަށްދިނުމަށް ދެފަރާތް ދެވަނަ އެއްބަސްވުމެއް ހަދައިފިނަމަ، ދެވަނަ އެއްބަސްވުމުގެ ދަށުން ބިން ޙަވާލުނުކުރުމުގެ ސަބަބުން ފުރަތަމަ އެއްބަސްވުމަށް އެނބުރި ގޮސް ފައިސާއިން ބަދަލު ހޯދުމަށް ދަޢުވާ ނުކުރެވޭނެއެވެ.
HN6 އިންވެސްޓްމަންޓް ޚަރަދުގައި ދެފަރާތުން ސޮއިކުރަންޖެހޭކަމަށް އެއްބަސްވުމުގައިވާނަމަ، ޚަރަދުގެ ގެއްލުން ސާބިތުކުރަން ހުށަހަޅަންޖެހޭ ހެއްކަކީ ދެފަރާތުން ސޮއިކުރި ލިޔުންތަކެވެ؛ ބަޔަކު ލައްވާ ހަދާ އޮޑިޓް ރިޕޯޓެއް ނޫނެވެ.
HN7 ބިން ޙަވާލުކުރަންޖެހޭ އެއްބަސްވުމެއްގެ މުއްދަތު ގުނޭނީ ބިން ބޭނުންކުރެވޭ ގޮތަށް އިންތަކާއި މިންތައް ވަކިކޮށް ކަމާބެހޭ ފަރާތުން ޙަވާލުކުރުމުންނެވެ؛ ބިން ޙަވާލުނުކުރެވޭނަމަ ޙަވާލުނުކުރުމުން ލިބޭ ގެއްލުމުގެ ބަދަލު ހޯދުމުގެ ޙައްޤު ކުއްޔަށްހިފި ފަރާތަށް އޮންނާނެއެވެ.
HN8 ފަހުން ހަދާ އެއްބަސްވުމަކުން ކުރީގެ އެއްބަސްވުން އުވާލައި، އެއީ މުޅި އެއްބަސްވުން (entire agreement) ކަމަށް ބަޔާންކޮށްފައިވާނަމަ، ކުރީގެ އެއްބަސްވުމުގެ ފަރާތެއްގެ މައްޗަށް އެ އެއްބަސްވުމާ ގުޅިގެން ނުވަތަ ފަހުގެ އެއްބަސްވުމާ ގުޅިގެން ދަޢުވާ ރައްދު ނުކުރެވޭނެއެވެ.
ވަކީލުންނާއި ފަނޑިޔާރުން
- އިސްތިއުނާފުކުރި ފަރާތުގެ ވަކީލުން
- އިބްރާހީމް ޝަމީލް، ޝަމީލް އެންޑް ކޯ އެލް.އެލް.ޕީ
- ޖަވާބުދާރީވި ފަރާތުގެ ވަކީލުން
- އީމާނު ހާނީ، ޝިއުތު މުޙައްމަދު ވަޙީދު، ނަޙުޒާ ރަޝީދު، އެޓަރނީ ޖެނެރަލްގެ އޮފީސް
- ބެންޗު
- މުޙައްމަދު ނިޔާޒް، މުޙައްމަދު ފައިޞަލް، ޙަސަން ޝަފީޢު
- ރިޔާސަތު
- —
- ރައުޔު ލިޔުނު ފަނޑިޔާރު
- މުޙައްމަދު ނިޔާޒް · ތާއީދުކުރެއްވީ: މުޙައްމަދު ފައިޞަލް، ޙަސަން ޝަފީޢު
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.
ފަނޑިޔާރު މުޙައްމަދު ނިޔާޒްގެ ރައުޔު، މި ރައުޔަށް ފަނޑިޔާރު މުޙައްމަދު ފައިޞަލް އަދި ފަނޑިޔާރު ޙަސަން
ޝަފީޢު ތާޢީދު ކުރެއެވެ . މައްސަލައިގެ ތަޢާރަފު:
1މިއީ، ސިވިލް ކޯޓުގެ ނަންބަރު :2373/Cv-C/2019 ޤަޟިއްޔާ އެ ކޯޓުން ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނާ ހަމަތަކާއި ޚިލާފަށްކަމަށް ބުނެ، ޕްރިމޯސް ގްރޫޕް ޕްރައިވެޓް ލިމިޓެޑް ("ޕްރިމޯރސް" ނުވަތަ "އިސްތިއުނާފުކުރާ")ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ. މިޤަޟިއްޔާގެ އިސްތިއުނާފު ރައްދުވާ ފަރާތްތަކަކީ އެޓަރނީ ޖެނެރަލްގެ އޮފީސް ("ދައުލަތް") އަދި މާލޭ ސިޓީ ކައުންސިލްގެ އިދާރާ ("މާލޭ ސިޓީ ކައުންސިލް") އެވެ. މައްސަލައިގައި ކަންހިނގާފައިވާ ގޮތް:
2މާލޭގެ ހިތްފަސޭހަ މައިދާން ސަރަޙައްދުގައި ހަދާފައިވާ ފުޑްކޯޓު ތަކުގެ ތެރެއިން 04 ނަންބަރު ފުޑްކޯޓް ކުއްޔަށް ދިނުމަށް، މާލޭ ސިޓީ ކައުންސިލާއި ޕްރިމޯސް އާ ދެމެދު 05 ޖެނުއަރީ 2012 ގައި އެއްބަސްވުމެއް ("ފުރަތަމަ އެއްބަސްވުން") ގައި ސޮއިކުރިއެވެ. ފުރަތަމަ އެއްބަސްވުމުގެ މުއްދަތަކީ 10 (ދިހައެއް) އަހަރު ދުވަހެވެ. ފުރަތަމަ އެއްބަސްވުމުގެ މުއްދަތު ހަމަވާ ތާރީޚަކީ 04 ޖނުއަރެ 2022 ކަމަށް ބަޔާން ކޮށްފައި އޮވެއެވެ.
3އާރޓިފިޝަލ ބީޗް ސަރަޙައްދު ތަރައްޤީ ކުރުމުގެ މަޝްރޫޢު ކުރިއަށް ގެންދިއުމަށް ކަމަށބް ނ، ފުރަތަމު އެއްބަސްވުމުގެ މުއްދަތު ހަމަނުވަނީސް، 2018 އޭޕްރީލް 30 ގެ ކުރިން، ފުރަތަމަ އެއްބަސްވުމުގެ ދަށުން ރަޖިސްޓްރޭޝަން ނަންބަރު: 0361/2010-C ނަންބަރު: A2/PRIV/2012/02-(AGR)425 އެއްބަސްވުން 05 ޖަނަވަރީ 2012 އިން ފެށިގެން 04 ޖަނަވަރީ 20222 އަށް، (އެއްބަސްވުމުގެ 2 ވަނަ މާއްދާ ) ކުއްޔަށްދިން ތަން ހުސްކުރުމަށް، މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިފްރާސްޓްރަކްޗަރ ("ހައުސިންގ މިނިސްޓްރީ") އިން 14 ޖެނުއަރީ 2018 ގައި ޕްރިމޯސްއަށ ސިޓީއަކުން އެންގިއެވެ.
4އޭރު ފުރަތަމަ އެއްބަސްވުމުގެ ދަށުން، ފޑުކޯޓް 4 ތަރައްޤީކޮށް "ބްރޭކް ވޯޓަރ"ގެ ނަމުގައި އެތަނުގައި ރެސްޓޯރަންޓެއް ހިންގުމުގެ މަސައްކަތް ޕްރިމޯސް އިން ކުރަމުންދިޔައެވެ. އަދި ފުރަތަމަ އެއްބަސްވުމާއި އެއްގޮތަށް އެސަރަޙައްދުގައި ތަރައްޤީކުރަންޖެހޭ ކުޑަކުދިންގެ ޕާކު ތަރައްޤީކޮށް މިޕްރޮޖެކްޓަށް ޕްރިމޯސްގެ ފަރާތުން ބޮޑު އިންވެސްޓެއްކޮށްފައި އޮތްކަމަށް ޕްރިމޯސްއިން ބުނެއެވެ.
5ފުރަތަމަ އެއްބަސްވުމުގެ 07 ވަނަ މާއްދާގެ (ނ) ބަޔާން ކުރާގޮތުން، ކުއްޔަށް ދޫކޮށްފައިވާ މުއްދަތު ހަމަވުމުގެ ކުރިން، މާލޭ ސިޓީ ކައުންސިލުން ނުވަތަ ސަރުކާރުން ބޭނުންވެގެން ކުއްޔަށްދިން ތަން ނަގާނަމަ، ތަނަށް ކޮށްފައިވާ ޚަރަދުގެ ބަދަލު ދޭންޖެހެއެވެ. ބަދަލުދޭން އެއްބަސްވެފައި އޮތް ގޮތަކީ، ދެފަރާތުން އެއްބަސްވާ އަގެކެވެ. ބަދަލުގެ އަގާމެދު ދެފަރާތަށް އެއްބަސްނުވެވިއްޖެނަމަ އޮތް ގޮތަކީ ޝަރީޢަތަށް ހުށަހަޅައިގެން ގޮތެއް ނިންމުންކަން އެމާއްދާއިން އނެ ގެން އޮވެއެވެ.
6ބަދަލު ދިނުމާއި ގުޅޭ ގޮތުން ހައުސިންގ މިނިސްޓްރީ އާއި ޕްރިމޯސްއ ދެމެދާ އަނގަބަހުން ވާހަކަ ދެކެވިފައިވާކަމަށ ބެލެވެން އޮވެއެވެ. މިގޮތުން، ހައުސިންގ މިނިސްޓްރީން އަނގަބަހުން ވާހަކަ ދެކެވުނު ގޮތަށް ރަސްފަންނުނ ބިމެއް ދިނުމަކީ ޕްރިމޯސ އިން އެދޭގޮތް ކަމަށް ބަޔާންކޮށްފައި އޮވެއެވެ. މީގެ އިތުރުން، ޕްރިމޯސްއިން އެދިފައިވަނީ، އަގުގެ ބަދަލުގައި، ދޭ ބިމުގެ މުއްދަތު 20 (ވިހި) އަހަރު ދުވަހަށް ހެދުމަށާއި، ތަން ތަރައްޤީކުރުމަށް ކުއްޔަކާއި ނުލައި 6 (ހައެއް) މަސް ދުވަސް ދިނުމަށާ އ، ތަނުގެ ކުއްޔަކީ އެކަށީގެންވާ ކުޑަ ކުއްޔަކަށް ހަދައިދިނުމަށއާ މިކަންކަމާއިމެދ ގޮތެއު ނިންމުމުގެ ކުރިން ޕްރިމޯސްއާއެކު މަޝްވަރާކޮށްގެނ ގޮތެއް ނިންމައި ދިނުމެވެ. ނަންބަރު: AS1/PRIV/2017/-138 (14 ޖެނުއަރީ 2018) ސިޓީ. (ނޯޓް: މިސިޓީގައި ސިޓީގެ ނަންބަރެއް އޮތްކަމަށް ނުފެނެއެވެ. އަދި މިސިޓީގައި ސިޓީ ލިޔެފައިވާ އަހަރު ރަމްޒުކޮށްދޭ ބައިގައި އޮތީ “2017” އެވެ. ނަމަވެސް ސިޓީގައި ޖަހާފައި އޮތީ 2018 ގެ ތާރީޚެކެވެ.) ޕްރިމޯސްގެ ނަންބަރު:PRI/01/18 (28 ޖެނުއަރީ 2018) ސިޓީ. ޕްރިމޯސްގެ ނަންބަރު:PRI/01/18 (28 ޖެނުއަރީ 2018) ސިޓީ.
7ފުރަތަމަ އެއްބަސްވުމުގެ 7 ވަނަ މާއްދާގެ (ނ) ގެ ދަށުން ދޭ ބަދަލުގެ ގޮތުގައި، "ޕްރިމޯސް ގްރޫޕް ޕްރައިވެޓް ލިމިޓެޑަށް ބިމެއް ކުއްޔަށް ދިނުމަށް ވެވޭ އެއްބަސްވުން" މިސުރުޚީގެ ދަށުން ހައުސިންގ މިނިސްޓްރީ އާއި ޕްރިމޯސްއާ ދެމެދު 19 އެޕްރީލް 2018 ގައި އެއްބަސްވުމެއްގައި ("ދެވަނަ އެއްބަސްވުން") ސޮއިކޮށްފައި ވެއެވެ. ދެވަނަ އެއްބަސްވުމުގެ 1.1 ގައި ބަޔާން ކުރަނީ؛ "1.1 މި އެއްބަސްވުމަކީ ޕްރިމޯސ ގްރޫޕް ޕްރައިވެޓް ލިމިޓެޑުން ހިންގަމުން އަންނަ ބްރޭކް ވޯޓަރ ރެސްޓޯރަންޓް ހުރި ބިން ދައުލަތުގެ ބޭނުމަށް ޕްރިމޯސ ގްރޫޕް ޕްރައިވެޓް ލިމިޓެޑުގެ ކިބައިން ވަކިކުރަން ނިންމާފައިވާތީ، ޕްރިމޯސ ގްރޫޕް ޕްރައިވެޓް ލިމިޓެޑާއި މާލޭ ސިޓީ ކައުންސިލްގެ އިދާރާ އާ ދެމެދު 05 ޖެނުއަރީ 2012 ގައި ސޮއިކޮށްފައިވާ ނަންބަރު -425(AGR) A2/PRIV/2012/02 "މޭލޭގެ ހިތްފަސޭހަ މައިދާނުގެ 4 ނަންބަރު ފުޑްކޯޓް ކުއްޔަށްދޫކުރުމަށާއި ކުއްޔަށް ހިފުމުގެ އެއްބަސްވުން" 7 ވަނަ މާއްދާގެ (ނ) ގެ ދަށުން އެފަރާތަށް ދޭންޖެހޭ ބަދަލު ހަމަޖެއްސުމުގެ ގޮތުން، މިއެއްބަސްވުމުގެ ޖަދުވަލް 1 ގައި ހިމަނާ ފައިވާ ޗާޓުގައިވާ ބިން ކުއްޔަށް ދިނުމަށްޓަކައި މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އާއި ޕްރިމޯސް ގްރޫޕް ޕްރައިވެޓް ލިމިޓެޑް އާ ދެމެދު ވެފައިވާ އެއްބަސްވުމެކެވެ."
8ދެވަނަ އެއްބަސްވުމުގެ ދަށުން ޙަވާލުކުރަންޖެހޭ ބިން 24 ސެޕްޓެމްބަރ 2018 ގައި ޙަވާލު ކުރިކަމަށް ބަޔާންކުރާ ހައުސިންގ މިނިސްޓްރީގެ ނަންބަރުPS2/138/2018/165-(OTHR)138 ލިޔުމެއް، ހުށަހަޅާފައި ވެއެވެ. އެލިޔުމުން އެނގޭ ގޮތުގައި ބިން ޙަވާލުކުރާ ފަރާތަކީ، ޕްރިމޯސ އާއް "ޑައިންމޯ ޕްރައިވެޓް ލިމިޓެޑް" އެވެ. ޙަވާލުކުރާ ބިން އޮތްތަނަކީ ހެންވޭރު ހެދި ގ ނޑުދޮށު ސަރަޙައްދު، ކޮށި ނަންބަރު 1 އެވެ. ޙަވާލު ކުރެވޭ ބިމުގެ ބޮޑުމިނަކީ 500 އަކަމީޓަރެވެ. މި ބިމުގެ ޗާޓު މިލިޔުމާއެކު ހިމަނާފައިވާނެ ކަމަށް ބަޔާންކޮށްފައި އޮވެއެވެ. މިލިޔުމުގައި ޕްރިމޯސްގެ ޑިރެކްޓަރު ސޮއިކޮށް ޕްރިމޯސްގެ ސިއްކަ ޖަހާފައިވެއެވެ.
ނަންބަރު AS1/PRIV/2018/139-(AGR)138 އެއްބަސްވުން
9ޕްރިމޯސްއިން ބަޔާންކުރާ ގޮތުން، މިދެންނެވި ލިޔުމާއި އެއްގޮތަށް މިއަދާހަމައަށްވެސް އެ ބިމުގެ އިން ވަކިކޮށްދީ ބިން ޙަވާލުކޮށްފައެއް ނ ވެއެވެ. މިބިން ޙަވާލު ކުރެވުނު ލިޔުމުގައި، ޕރިމޯސްގް އިތުރުން، ޑައިންމޯ ޕްރައިވެޓް ލިމިޓެޑަ ށްވެސް ހަމަ އެބިމުނ ބައެއް ޙަވާލުކޮށްފައިވާތީ، ޕްރިމޯސްއަށް ކަނޑައެޅުނު ބިމުގެ ބަޔަކީ އަދި ޑައިންމޯ ޕްރައިވެޓް ލިމިޓެޑަށް ކަނޑައެޅުނު ބިމުގެ ބަޔަކީ ކޮބަ އަކަނ ސާފުވާން ނެތްކަމަށް ބުނެއެވެ. އެހެންވެ، އިން ވަކި ކޮށްދިނުމަށް ހައުސިންގ މިނިސްޓްރީގައި އެކި ފަހަރު މަތިން އެދިފައިވާއިރުވެސް، އެމިނިސްޓްރީން އެކަމަށް އިޖާބަ ދީފައި ނެތްކަމަށް ޕްރިމޯސްއިން ބުނެއެވެ. އަދި 17 މާރިޗް 2019 ގައި ޕްރިމޯސ ގްރޫޕް އަށް ބަދަލު ދިނުމުގެ ގޮތުން ޙަވާލުކުރި ބިން ހިމެނޭގޮތަށް ޕާރކއެ ހެދުމަށް އެބިން ބޭނުންކުރާނެކަމަށް ސަރުކާރުން އިއުލާންކޮށްފައިވާކަމަށް ބުނެއެވެ. ޕްރިމޯސް އާއެކު ވެވުނު ފުރަތަމަ އެއްބަސްވުމުގެ ދަށުން ބިން އަތުލުމަށްފަހު އަދި ދެވަނަ އެއްބަސްވުމުގެ ދަށުން ބިން ޙަވާލުކޮށްފައި ނުވާކަމަށްބުނެ، ޕްރިމޯސ އިން ސިވިލް ކޯޓުގައި ދަޢުވާކުރިއެވެ.
10ޕްރިމޯސ އިން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ، 05 ޖަނަވަރީ 2012 ގައި ޕްރިމޯސް އާއި މާލެ ސިޓީ ކައުންސިލާއިއެކ ވެވުނު އެއްބަސްވުމެއްގެ ދަށުން މާލޭގެ ހިތްފަސޭހަ މައިދާނުގެ 4 ނަންބަރު ފުޑް ކޯޓު ގައި "ބްރޭކް ވޯޓަރ" ގެ ނަމުގއަ ރެސްޓޯރެންޓެއް ހަދައި ހިންގަމުން ދަނިކޮށް، 15 ޖަނަވަރީ 2018 ގައި ކުއްލިއަކަށް އެބިން ހުސްކުރުމަށް ހައުސިން މިނިސްޓްރީން އެންގުމާއި ގޅިގެނު ތަން ހުސްކުރުމަށްފަހު އެއްބަސްވެވުނު ގޮތަށް ހައުސިންގ މިނިސްޓްރީން ބަދަލު ދީފައިނުވާތީ، މާލޭ ސިޓީ ކައުންސިލާއި ހައުސިންގ މިނިސްޓްރީ (މިހާރު "މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ)" ގެ މައްޗަށް ދަޢުވާ ކުރާކަމަށެވެ. މި ދަޢުވާގައި ޕްރިމޯސއިން އެދިފައިވަނީ:
1.10 ދައުލަތުން ފުރަތަމަ އެއްބަސްވުނ ބާޠިލުކުރުމުން ޕްރިމޯސްއަށ ބަދަލް ދޭންޖެހޭކަމަށް ކަނޑައަޅައިދިނުމަށާއި؛
2.10 ބަދަލު ދިނުމަށްޓަކައި ވެނުނު ދެވަނަ އެއްބަސްވުމާ ޚިލާފުވެފައިވާކަމަށް ކަނޑައަޅައިދިނުމަށާއި؛
3.10 ދެވަނަ އެއްބަސްވުމުގެ ދަށުން ކަނޑައެޅުނު ބިން ޙަވާލުނުކުރުމުގެ ސަބަބުން ޕްރިމޯސއަށް ގެއްލުންވެފައިވާކަމަށް ކަނޑައަޅައި ދިނުމަށާއި އަދި އެ ގެއްލުން މިހާރުވެސް ވަމުންދާކަމަށް ނިންމާދިނުމަށާއި؛ ސިވިލް ކޯޓަށް ހުށަހެޅި ދަޢުވާ ފޯމުގެ 8.12، 8.13
4.10 މި މައްސަލަ ހުށަހަޅާއިރު ޕްރިމޯސްއަށް 30،910،737.00ރ. (ތިރީސ މިލިޔަން ނުވަލައްކަ ދިހަހާސް ހަތްސަތޭކަ ތިރީސް ހަތް ރުފިޔާ) ގެއްލުންވެފައިވާކަމަށް ކަނޑައެޅުމާއެކު އެބަދަލު ދެއްކުމަށް ދައުލަތަށް އަމުރުކޮށްދިނުމަށެވެ. 11 މިމައްސަލަ ސިވިލް ކޯޓުގެ ނަންބަރު 2373/Cv-C/2019 ޤަޟިއްޔާއިން ބެލުމަށްފަހު ނިންމީ، ޕްރިމޯސްއާ ދެކޮޅަށެވެ. އެހެންވެ،ޕްރިމޯސއިން އެޤަޟިއްޔާ މިކޯޓުގައި އިސްތިއުނާފުކުރިއެވެ. ސިވިލް ކޯޓުން މައްސަލަ ނިންމިގޮތް: 12 ސިވިލް ކޯޓގު ނަންބަރު:2373/Cv-C/2019 ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓަށް ބެލިއިރު، އެޤަޟިއްޔާ ނިންމާފައިވަނީ؛ "ދެންފަހެ، އިސްވެ ފާހަގަކުރެވުނު ނުކުތާތަކަށް ރިޢާޔަތްކުރާއިރު، 05 ޖަނަވަރީ 2012 ގައި ޕްރިމޯސ ގްރޫޕް ޕްރައިވެޓް ލިމިޓެޑާއި މާލެ ސިޓީ ކައުންސިލްގެ އިދާރާ އާ ދެމެދު ސޮއިކޮށްފައިވާ އެއްބަސްވުމުގެ ދަށުން ޕްރިމޯސ ގްރޫޕް ޕްރައިވެޓް ލިމިޓެޑަށް ކުއްޔަށް ދީފައިވާ ބިން ހިމެނޭ ގޮތުން މާލެ ސިޓީ ކައުންސިލާ ހަވާލުކޮށްފައިވާ ބިންތަކުގެ ތެރެއިން ބިންތަކެއް މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ދަށަށް ގެންދިއުމަށްފަހު، ޕްރިމޯސ ގްރޫޕް ޕްރައިވެޓް ލިމިޓެޑަށް ކުއްޔަށްދީފައިވާ ބިން ދައުލަތުގެ ބޭނުމަކަށް ވަކިކޮށް، ޕްރިމޯސް ޕްރޫޕ ޕްރައިވެޓް ލިމިޓެޑަށް ދޭންޖެހޭ ބަދަލު ހަމަޖެއްސުމުގެ ގޮތުން ބިމެއް ކުއްޔަށްދިނުމަށް މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އާއި ޕްރިމޯސް ގްރޫޕް ޕްރައިވެޓް ލިމިޓެޑާ ދެމެދު 19 އޭޕްރީލް 2018 ގައި ސޮއިކޮށްފައިވާކަމާއި، އެ އެއްބަސްވުމާ ދައުލަތުން ޚިލާފުވެފައިވާކަމަށް ޝަރީޢަތަށް ބުރަވެވެން ނެތްކަމަށް ކަނޑައަޅައި، އަދި ގެއްލުމުގެ ބަދަލުގެ ގޮތުގައި ހޯދުމަށް އެދިފައިވާ ފައިސާ ނަގައިދެވެން ނެތްކަމަށް ކަނޑައަޅައި، ޙުކުމްކޮށްފީމެވެ." އިސްތިއުނާފީ ނުކުތާ: 13 ސިވިލް ކޯޓުގެ ނަންބަރު: 2373/Cv-C/2019 ޤަޟިއްޔާ ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއާ ޚިލާފަށްކަމަށްބުނެ، ޕްރިމޯސގް ފަރާތުން ތިރީގައިވާ ނުކުތާތައް ހުށަހަޅާ އެނުކުތާތަކއާ ބެހޭގޮތުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. މގޮތުނި ހުށަހަޅާފައިވް ނުކުތާތަކާ ކ:
1.13 ސިވިލް ކޯޓުގެ ނަންބަރު:2373/Cv-C/2019 ޤަޟިއްޔާ ގައި ދެވަނަ އެއްބަސްވުމުގެ ދަށުން ޙަވާލުކުރަންޖެހޭ ބިން އިސްތިއުނާފުކުރާ ފަރާތާއި ހަވާލުކުރުމަށް ލިޔުމެއްގައި ސޮއިކުރިނަމަވެސް އެބިން ހަވާލުކޮށްފައިނުވާކަން އިސްތިއުނާފުކުރާ ފަރާތާއި އިސްތިއުނާފު ރައްދުވާ ފަރާތުގެ ބަހުން ޝަރީޢަތަށް ސާބިތުވާން އޮތްއިރުވެސް އިސްތިއުނާފު ރައްދުވާ ފަރާތުން ދެވަނަ އެއްބަސްވުމާ ޚިލާފުވެފައިނުވާކަމަށް ސިވިލް ކޯޓުން ނިންމާފައިވަނީ މައްސަލައިގެ ފާޅުކަން ބޮޑުގޮތެއްގައި ފެންނަންހުރި ޙަޤީޤަތްތަކާއި ޚިލާފަށްކަމަށްވުމުން ފަނޑިޔާރުގެ ނިންމެވުމަކީ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ށ) އާ ޚިލާފު ނިންމެވުމެއްކަމަށްބުނެ ހުށަހެޅި ނުކުތާ.
2.13 އިސްތިއުނާފުކުރާ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި ހެކިތައް އެކަށީގެންވާ ގޮތެއްގައި ޝަރީޢަތުން ވަޒަންކުރެއްވުމެއްނެތ އިސްތިއުނާފުކުރި ފަރާތުގާ ދަޢުވެ ސާބިތުނުވާކަމަށް ކަނޑައަޅުއްވާފައިވަނީ ޤާނޫނު ނަންބަރު 2010/13 (ފަނޑިޔާރުންގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ށ) ގެ (1) އާ ޚިލާށްފަކަމަށްބުނެ ހުށަހެޅި ނުކުތާ.
3.13 ޢަމަލީ ގޮތުން ބިން ހަވާލުކުރުމުގެ އެއްވެސްކަމެއް އިސްތިއުނާފު ރައްދުވާ ފަރާތުންކޮށްފައި ނުވާކަން އެފަރާތުގެ އިޢުތިރާފުންވެސް ސާބިތުވާން އޮތްއިރު، އިސްތިއުނާފުކުރާ ފަރާތަށް ދެވަނަ އެއްބަސްވުމުގެ ދަށުން ބިން ހަވާލުކޮށްފައިވާކަމަށ ސިވިލް ކޯޓުން ކަނޑައަޅުއްވާފައިވަނީ ޙަޤީޤަތާ ޚިލާފަށްކަމަށްބުނެ ހުށަހެޅި ނުކުތާ.
4.13 ދެވަނަ އެއްބަސްވުމުގައ ބަޔާންކޮށްފައިވާގޮތަށް އެއްބަސްވުން ތަންފީޛުކުރުމަކީ ކުރެވެންނެތް ކަމެއްކަން މައްސަލައިގެ ވާޤިޢާތަކުން ސާބިތުވާން އޮތް ހާލަތުގައިވެސް އެކަމަށް ރިޢާޔަތް ކުރެއްވުމެއް ނެތި ސިވިލް ކޯޓުން މައްސަލަ ނިންމާފައިވާކަމަށްބުނެ ހުށަހެޅި ނުކުތާ. އިސްތިއުނާފުކުރާ ފަރާތުން ހުށަހެޅި އިސްތިއުނާފީ ނުކުތާ 6.2 އަދި އެނުކުތާގެ ތަފްސީލް 6.10 ގައި ޤާނޫނު ނަންބަރު 2010/13 (ފަނޑިޔާރުންގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރާއި ހަވާލާދެވިފައިވަނީ ރަނގަޅަށްނޫންކަމަށާއި ރަނގަޅު ގޮތަކީ (1) ވަނަ ނަންބަރުކަމަށްވާތީ އެކަން އިސްލާހުކޮށްދިނުމަށް 14.11.2024 ގައި ބޭއްވުނު އަޑުއެހުމުގައި އިސްތިއުނާފުކުރާ ފަރާތުން އެދިފައިވެއެވެ.
5.13 ސިވިލް ކޯޓުން މައްސަލަ ނިންމާފައިވަނީ އިސްތިއުނާފު ރައްދުވާ ފަރާތަށް ނުޙައްޤު މަންފާ (unjust enrichment) ލިބޭގޮތަށްކަމަށްވުމުން އެނިންމުމަކީ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) އާ ޚިލާފު ނިންމުމެއްކަމަށްބުނެ ހުށަހެޅި ނުކުތާ. އިސްތިއުނާފުކުރާ ފަރާތުން ދެއްކި ވާހަކަތައް: 14 ޕްރިމޯސްއިން އިސްތިއުނާފީ ނުކުތތައާ ތަފްޞީލްކޮށް އިސްތިއުނާފު ހުށަހެޅި ފޯމުގައި ބަޔާންކޮށްފައިވެއެވެ. މިމޭރުމުން ޝަރީޢަތުގެ މަޖިލީހުގައިވެސް އެނުކުތއާ އާ ގުޅިގެން ވަރަށް ތަފްސީލްކޮށް ވާހަކަ ދައްކާފައިވެއެވެ. މިތަފްސީލުތަކަކީ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގައި ހިމެނޭނެ ބައެއްކަމަށްވާތީ، ޚުލާސާ ގޮތެއްގައި އެކަންކަން ބަޔާންކުރާނަމަވެ. މިގޮތުން؛
1.14 14.1. ފުރަތަމަ ނުކުތާގެ ތަފްސީލްގައި މައިގަނޑުގެ ގޮތެއްގައި ބުނެފައިވަނީ ދެވަނަ އެއްބަސްވުމުގެ ދަށުން ޕްރމޯސްއި ޙަވާލުކުރަންޖެހޭ ބިން ހަވާލުކޮށްފައިނުވާކަމަށެވެ. އެ ބިން ޙވާލުކުރުމަކަ އިސްތިއުނާފު ރައްދުވާ ފަރާތުގެ ޒިއްމާއެއް ކަމަށެވެ. ޕްރިމޯސ އާއް ޑައިންމޯ އާއި ދެފަރާތަށް ބިން ހަވާލުކުރިކަމގު ލިޔުމެއްގައި ސޮއިކުރުވާފައިވާކަމަށާއި، އެލިޔުމުގައި ޕްރިމޯސް އާއި ޑައިންމޯއަށް ދޭ ބިމެއްގެ ގޮތުގައި ބިމުގެ ކުރެހުމެއް ހިމަނާފައިވީނަމަވެސް، އެބިމަކީ ހިތްފަސޭހަ މައިދާއިނުގައި ހާމައަށް އޮތް ބިމެއްގެ ބައެއްކަމަށާއި، ހަވާލުކުރެވޭ ބިން ފެށެނީ ކޮން ހިސާބަކުންކަން އަދި ނިމެނީ ކޮން ހިސާބަކަށްކަނ އެނގޭގޮތަށް އިންވަކިކޮށްދީފައިނުވާކަމަށެވެ. ޕްރިމޯސްއަށް ދެވަނަ އެއްބަސްވުމުގެ ދަށުން ހަވާލުކުރަންޖެހޭ ބިން ހަވާލުކޮށްފައިވާކަމަށް އިސްތިއުނާފު ރައްދުވާ ފަރާތުން ބުނާ ހަމައެކަނި ބިނާއަކީ ބިން ހަވާލުކުރުމުގެ ލިޔުންކަމަށެވެ.
2.14 ދެވަނަ ނުކުތާގެ ތަފްސީލްގައި މައިގަނޑު ގޮތެއްގައި ބުނެފައިވަނީ މި މައްސަލައާ ގުޅިގެން ޕްރިމޯސްއިން ޝަރީޢަތަށް ހުށަހެޅި ބައެއް ހެކިތަކަށް ޝަރީޢަތުން އެއްވެސް މިންވަރަކަށް ރިޢާޔަތްކުރައްވާފައނުވާ ކަމަށެވެ. އަދި ބައެއް ހެކިތަކަށް ރިޢާޔަތްކުރުމުގައި އެހެކިތަކުން ފާހަގަވާން ހުރި ބައެއްކަންކަމަށް ނަޒަރު ކުރުމެއްނެތި ހެކި ވަޒަންކޮށްފައިވާކަމަށެވެ . މިކަންކަން ތަފްސީލްކޮށް އިސްތިއުނާފު ފޯމުގައި ބަޔާންކޮށްފައިވެއެވެ. މިގޮތުން ބިން ހަވާލުކުރިކަމަށްބުނާ ލިޔުމުގައި ދެފަރާތުން ސޮއިކުރިކުރުމަށ ކޯޓުން ބުރަދަން ދިން ދެވަނަ އެއްބަސްވުމުގެ ދަށުން ބިން ހަވާލުކުރުމުގައި ޕްރިމޯސް އާ އެހެން ފަރާތެއް ގުޅިގެން ބިމެއް ތަރައްޤީކުރުމަށް ލާޒިމްކުރެވޭނެ ހަމައެއް އެއްބަސްވުމުގައި ނެތްކަމުގެ ހަޤީޤަތަށ ކޯޓުން ބުރަދަން ދީފައިނުވާކަމަށެވެ. އަދި ޕްރިމޯސްއިން ބިން ހަވާލުކޮށްފައި ނުވާ ކަމަށް ފާހަގަކުރިކުރުނ ސިވިލް ކޯޓުން މާނަކޮށްފައިވަނީ، ޕްރިމޯސ އާއް ޑައިންމޯއާ ދެފަރާތަށް ލިބިދޭ ބިމުގެ ބޮޑު މިނާއި އިން ވަކިކޮށް ނޭނގޭތީ ބުނާ ބުނެއ ކަމުގައެވެ. ނަމަވެސް ޕްރިމޯސްގެ ހަމައެކަނި ޝަކުވާއަކީ ޕްރިމޯސ އާއް ޑައިންމޯއަށް ދޫކުރި ބިމުގެ އިން ވަކިނުވުނ ނޫން ކަމަށާއި، ޝަކުވާގެ އަސާސަކީ، މިދެފަރާތުން ކުރެ ފަރާތަކަށް އެކުގައި ނޫނީ ވަކިވަކިނވެސް އެ ބިން ބޭނުންކުރެވޭގޮތަށ ބިން ހަވާލުކޮށދީފައި ނުވުން ކަމަށެވެ. އެކަން ސިވިލް ކޯޓަށް ހުށަހެޅި ބަޔާންތަކުން ސާފުކޮށް އެނގެން އޮތްއިރު، ބިން ހަވާލުކުރުމާގުޅޭ ޚުޞޫމާތު މިމައްސަލަ ކޯޓުން ނިންމިއިރު، ކޯޓަށް ދޭހަވކުރެވިފައިވަނީ ރ ނ ގަޅަށް ނޫންކަމަށެވެ.
3.14 ތ ންވަނ ނުކުތަ ތަފްސީލގައް ބުނެފައިވަނީ ސިވިލް ކޯޓުން މައްސަލައިގެ ޙުކުމަށް ވާސިލުވި ސަބަބުތަކުގެ ތެރެއިން (ޅ) ގައި "ބިން ހަވާލުކުރިއިރު" މިފަދައިން ފާހަގަކޮށްފައި ވީނަމަވެސް ޕްރިމޯސްއަށް އެބިމުގެ މައްޗަށް ބާރު ހިނގާގޮތަށ ނުވަތް އެބިމުން ތަސައްރަފުކުރެވޭނެ އެއްވެސް ގޮތަކަށް އެއވް ސ އިންތިޒާމެއް އިސްތިއުނާފު ރައްދުވާ ފަރާތުން ހަމަޖައްސާދީފައި ނުވާކަމަށެވެ. ބިން ހަވާލުކުރިކަމަށް ބެލެވޭނީ އެބިމެއް ހަވާލުކުރެވޭ ފަރާތުގެ ހިޔާޒަތުގެ ދަށަށް ދިނމުނު ކަމަށެވެ. ޕްރިމޯސްއާ ބިން ހަވާލުކުރުމުގެ ކުރިން އެއްބަސްވުމުގެ ދަށުން އިސްތިއނާފުކުރު ފަރާތނު ކުރަންޖެހޭނެކަމެއ ނުކޮށް ނެތްކަމަށާއި އެހެންކަމުން ބިން ހަވާލުނުކޮށް، އިންވަކިކޮށްނުދީ ބިމުން ތަސައްރަފުކުރެވޭނެ ގޮތެއް ނުދައްކައި އިސްތިއުނާފު ރައްދުވާ ފަރާތުން ދިން ލިޔުމެއްގެ މައްޗަށް ބަލައިގެން އެއީ އެއްބަސްވުމުގައި ބަޔާންކުރާ ގޮތަށް ބިން ހަވާލުކުރުންކަމަށ ކޯޓުން ނިންމާފައިވަނީ ފެންނަން ހުރި ޙަޤީޤަތްތަކާއި ޚިލާފަށްކަމަށެވެ.
4.14 ހަތަރުވަނަ ނުކުތާގެ ތަފްސީލްގައި ބުނެފައިވަނީ ސިވިލް ކޯޓުން މައްސަލަ ނިންމެވުމުގައި އެއްބަސްވމު އެއްގޮތަށް ޢަމަލުކުރުމަށް ދައުލަތުން ތިބިކަމަށްބުނެ އެފަރާތުން ސިވިލް ކޯޓުގައި ދެއްކި ވާހަކައަށް ބުރަދަން ދީފައިވީނަމަވެސް، އެއްބަސްވުމުގައި ސޮއިކުރުމަށްފަހު އެއްބަސްވުމުގައިވާ ބިން ތަރައްޤީކުރުމަށް ދިން މުއްދަތު ފަހަނައަޅައި ގޮސް އެތައް އަހަރެއް ފާއިތުވެފައިވާއިރު، ދެން އެއްބަސްވުމުގައި ބަޔާންކޮށްފައިވާގޮތާ އެއްގޮތަށް ބިން ތަރައްޤީކޮށް ޢަމަލުކުރެވޭނެ ގޮތެއް ނެތްކަމަށެވެ.
5.14 ފަސްވަނަ ނުކުތާ ތަފްސީލްކުރަމުން ބުނެފައިވަނީ ދެވަނަ އެއްބަސްވުން ވެފައިވަނީ ފުރަތަމަ އެއްބަސްވުމުގެ ދަށުން ދޭންޖެހޭ ބދަލަ ދިނުމަށްކަމަށާއި، އެހެންނަމަވެސް، ފުރަތަމަ އެއްބަސްވުމުގެ ދަށުން ހަވާލުކޮށްފައިވާ ބިން ޕްރިމޯސްގެ ކިބައިން ވަކިކޮށްފައިވަނީ ބަދަލު ދިނުމެއްނެތި ކަމަށެވެ. އަދި އެ ބިމުން އިސްތިއުނާފު ރައްދުވާ ފަރާތުން ތަސައްރަފު ކުރަމުންދާކަން އިސްތިއުނާފު ރައްދުވާ ފަރާތުން އިންކާރުކޮށްފައިނުވާކަމަށާއި، އެބިން އިސްތިއުނާފު ރައްދުވާ ފަރާތުން ބޭނުންކޮށް އެ ބިމުގައި ވޮލީ ކޯޓަކާއި ޕާކިންގ ޒޯނެއ ތަރައްޤީކޮށް މަސައްކަތް މިހާރުވެސް އިތުރަށް ކުރަމުންދާކަން ސިވިލް ކޯޓުގައި މައްސަލަ ހިނގަމުންދަނިކޮށްވެސް އިސްތިއުނާފުކުރާ ފަރާތނު ބިމުގެ ހާލަތުގެ އެނގޭނެ ފޮޓޯތަކާއެކު ހުށަހެޅި ނަމަވެސް ސިވިލް ކޯޓުން އެކަންކަމަށް ރިޢާޔަތްކޮށްފައިނުވާތީ އިސްތިއުނާފު ރައްދުވާ ފަރާތަށް ނުހައްޤު މަންފާ ލިބިގެން ގޮސްފައިވާކަމަށެވެ. މިކަންކަން ވަރަށް ތަފްސީލްކޮށް އިސްތިއުނާފު ފޯމުގައި ބަޔާންކޮށްފައިވެއެވެ. އިސްތިއުނާފުކުރާ ފަރާތުން އެދޭ ގޮތް: 15 އިސްތިއުނާފުކުރާ ފަރާތުން އެދިފައިވަނީ:
1.15- ސިވިލް ކޯޓުގެ ނަންބަރު:2373/Cv-C/2019 ޤަޟިއްޔާ ގައި ސިވލި ކޯޓުން ކުރައްވާފައިވާ ޙުކުމަކީ ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ ޚިލާފު ބާޠިލް ހުކުމެއްކަމަށް ކަނޑައަޅާދެއްވައި؛
2.15- އިސްތިއުނާފު ރައްދުވާ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓަރަކްޗަރ އިން ދެވަނަ އެއްބަސްވުމުގެ ދަށުން ބިން ހަވާލުކޮށްފައިވާކަމަށް ސިވިލް ކޯޓުން ނިންމާފައިވަނީ މައްސަލައިގެ ވާޤިޢާތަކުން ސާބިތުވާން އޮތްގޮތާ ކަނޑައެޅިގެން ޚިލާފަށްކަމށަ ކަނޑައަޅާދެއްވައި؛
3.15- އިސްތިއުނާފު ރައްދުވާ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ފުރަތަމަ އެއްބަސްވުމާއި އަދި ދެވަނަ އެއްބަސްވުމާ ޚިލާފުވެފައިވާކަން ސާބިތުވާކަމަށް ކަނޑައަޅާދެއްވައި؛
4.15- އިސްތިއުނާފު ރައްދުވާ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ފުރަމަ އެއްބަސްވުމާއި ދެވަނަ އެއްބަސްވުމާ ޚިލާފުވުމުގެ ސަބަބުން އިސްތިއުނާފުކުރާ ފަރާތަށް ލިބިފައިވާ ގެއްލުމަށް އިސްތިއުނާފު ރައްދުވާ ފަރާތުން ޒިއްމާވާންޖެހޭނެކަމަށް ކަނޑައަޅާދެއްވައި؛
5.15- އިސްތިއުނާފު ރައްދުވާ ފަރާތުން އެއްބަސްވުމާއި ޚިލާފުވުމުގެ ސަބަބުން އިސްތިއުނާފުކުރާ ފަރާތަށް ލިބިފައިވާ ގެއްލުމުގެ ބަދަލުގެ ގޮތުގައި ހޯދުމަށް އެދިފައިވާ ފައިސާއާމެދު ދިވެހިރާއްޖޭގެ ހައިކޯޓުން މިމައްސަލާގައި ނިންމާވާ ނިންމެވުމާއި އެއްގޮތަށް ބަދަލާއިމެދ ގޮތު ކަނޑައެޅުމަށްޓަކައި މި މައްސަލަ ސިވިލް ކޯޓަށް ތަހްވީލްކޮށްދެއްވުމަށް އެދޭކަމަށެވެ. އިސްތިއުނާފުކުރާ ފަރާތުން އިސްތިއުނާފީ ފޯމުގެ އެދޭ ގޮތުގެ 9.5 ގެ ގޮތުގައި ފާހަގަކޮށްފައިވާ ނުކުތާ އިސްލާހުކޮށްދެއްވައި 9.6 ވަނަ ނުކުތާ އުނިކޮށްދެއްވުމަށް 14 ނޮވެންބަރު 2024 ވަނަ ދުވަހު ބޭއްވުނު އަޑުއެހުމުގައި އެދިފައިވާތީ އެގޮތުގެ މަތިން އިސްލާހުކުރެވިފައި. އިސްތިއުނާފު ރައްދުވި ދައުލަތުގެ ފަރާތުން ދެއްކި ވާހަކަތައް: 16 ދައުލަތނު އިސްތިއުނފުގާ ޖަވާބު ތަފްޞީލްކޮށް އިސްތިއުނާފީ ދަޢުވާގެ ޖަވާބު ފޯމުގައި ބަޔާންކޮށްފައިވެއެވެ. މިމޭރުމުން ޝަރީޢަތުގެ މަޖިލީހުގައިވެސް އެނުކުތާތަކާއި ގުޅިގެން ތަފޞް ލްކޮށީ ވާހަކަ ދައްކާފައިވެއެވެ. މިތަފޞްލުތަކަކީ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގައި ހިމެނޭނެ ބައެއްކަމަށްވާތީ، ޚު ލޞާ ގޮތެއްގައި އެކަންކަން ބަޔާންކުރާނަމަވެ. މިގޮތުން؛
1.16 ފުރަތަމަ ނުކުތާގެ ޖަވާބުގައި ޤާނޫނުއަސާސީގާ 42 ވަނަ މާއްދާ ތަޠުބީޤު ކުރެވޭނެ ކަމަށް ދައުލަތަށް ފެންނަ ގޮތް ބަޔާން ކޮށްދިނުމާއެކު، ޕްރިމޯސްއ ބިނާ ޙަވާލުކޮށްފައި ނުވާކަމަށް ޕްރިމޯސްއިން ބުނާ ސަބަބުތައް އެގޮތަކަށް ހުރިކަމަށް ދައުލަތުން ބުނެއެވެ. ނަމަވެސް ދަށު ކޯޓުގެ ނިންމުން ޤާނނުއަސާސީގޫ 42 ވަނަ މާއްދާ ޚިލާފުވާ ގޮތެއް ބުނެދެވިފައި ނެތްކަމަށް ދައުލަތުން ފާހަގަ ކުރެއެވެ. މިކަން ތަފްޞީލު ކޮށްދެމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އިބްރަހީމް ޢަބްދުއްލަތީފް ވ. އޯނަސް ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާގައި ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ށ) ތަޠްބީޤުކުރުމުގައި ބަލާ ހަމަތައް ބަޔާން ކޮށްދީފައިވާ ގޮތަށް ބެލުމުން، ދަށު ކޯޓުގެ ޙުކުމަކީ އެމާއްދާއާ އެއްގޮތަށް ކޮށްފައިވާ ޙުކުމެއްކަން ދައުލަތުން ފާހަގަކުރެއެވެ. މިކަންކަން ތަފްސީލްކޮށް އިސްތިއުނާފީ ދައުވގާ ޖަވާބު ފޯމުގައި ބަޔާންކޮށްދެމުނ ބުނެފައިވަން އިސްތިއުނާފުކުރާ ފަރާތުގެ ފުރަތަމަ ނުކުތާއަކީ ކޯޓުން ބަލައިގަނެއ ގޮތެއް ނިންމަންޖެހޭ ނުކުތާއެއް ނޫންކަމަށެވެ.
2.16 ދެވަނަ ނުކުތާގެ ޖަވާބުގައި ބުނެފައިވަނީ ދަށު ކޯޓުން ކޮށްފައިވާ ޙުކުމް، މިބާވަތުގެ މައްސަލަތަކުގއަ އެކޯޓުން ކުރިން ކޮށްފައިވާ ޙުކުމްތަކާއި އަދި މަތީ މަރުޙަލާގެ ކޯޓުތަކުން ނިންމާފައިވާ ނިންމުންތަކާއި ޚިލާފުކަމަށް ޕްރިމޯސްއިން ބުނިނަމަވެސް،ޚިލާފުވެފައިވަނީ ކޮން ކޯޓަކުން ކޮށްފައިވާ ކޮން ޙކުމަކުކަމެއް ބަޔާންކޮށްފައިނުވާކަމަށެވެ. ވީމާ، އެތަފްޞީލުތައް ނޭގި، މިނުކުތާއަށް ޖަވާބުދާރީ ވެވިދާނެކަމަށް ދައުލަތުން ނުދެކޭ ކަމަށެވެ. އެހެންކަމުން އިސްތިއުނާފުކުރާ ފަރާތުން ހުށަހެޅި މިނުކުތާއަކީ ހައިކޯޓުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު [2021] SC 18 ޤަޟިއްޔާގެ 74-77 ބަލައިގަނެއ ގޮތެއް ނިންމަންޖެހޭ ނުކުތާއެއް ނޫންކަމަށެވެ. މީގެ އިތުރުން ދަށު ކޯޓުން ރިޢާޔަތް ނުކުރާކަމަށް މިނުކުތާ ގައި ޕްރިމޯސްއިން ފާހަގަކުރާ ކަންކަމަށް ދަށު ކޯޓުން ރިޢާޔަތްކޮށްފައި ވާކަން، ދަށު ކޯޓުގެ ރިޕޯޓުން އނެ ގޭކަމަށ ދައުލަތުން ބުނެއެވެ. ދަށު ކޯޓުގެ ނިންމުން ގޯސްވަނީ ޤާނޫނީ ކޮން އުސޫލަކާ ޚިލާފުވެގެން ކަމެއް ނޫނީ ފަނޑިޔާރު ކުރަންޖެހޭ ދޭހައަކީ ކޮބައިކަމެއް، އަދި އެކަމުގެ ސަބަބުން ދަށު ކޯޓުގެ ނިންމުމަށް ބަދަލު އަންނާނެ ގޮތެއް ބަޔާންކޮށްދީފައި ނުވާކަމަށް ދައުލަތުނަ ފާހަގަކުރެއެވެ.
3.16 ތިންވަނަ ނުކުތާގެ ޖަވާބު ތަފްސީލްކުރަމުން ބުނެފައިވަނީ މި ނުކުތާގައި ދަށު ކޯޓުގެ ނިންމުން ޤާނޫނީ ގޮތުން ގޯސްވާ އެއްވެސް ސަބަބެއް އަދި އެކަމުގެ ސަބަބުން އުފެދޭ ޤާނޫނީ ބަހުސަކީ ކޮބައިކަން އެއްވެސް މިންވަރަކަށް ޕްރިމޯސްއިން ތަފްސީލްކޮށްދީފައި ނުވާކަމަށެވެ. އެހެންކަމުން މިއީ ހައިކޯޓުން ގޮތެއް ކަނޑައަޅަންޖެހޭ ނުކުތާއެއް ނޫންކަމަށެވެ. ނަމަވެސް، މިނުކުތާއަކީ ހައިކޯޓުން ގޮތެއް ކަނޑައަޅަންޖެހޭ ނުކު ތާއެއްކަމަށ ކަނޑައަޅް ހާލަތުގައި ދައުލަތުގެ ޖަވާބު ފޯމުގެ 4.2.5 ވަނަ ނަންބަރުން 4.2.9.5 ވަނަ ނަންބަރާހަމައަށް ތަފްސީލްކޮށްފައިވ ކަންކަނާ ތަކުރާރުކުރާކަމަށެވެ. އެއީ މި ނުކުތާތަކުގައި ދައުލަތުގެ ފަރާތުން ތަފްސީލްކޮށްފައިވާ ފަދައިން ދަށު ކޯޓުން އިސްތިއުނާފުކުރާ ފަރާތަށް ބަދަލު ނަގައި ނުދިނުމަށް ނިންމާފައިވަނީ ދައުލަތުން ދެވަނަ އެއްބަސްވުމާ ޚިލާފުވިތޯ ނުވަތަ ނޫންތޯ މިކަމުގެ މައް ޗަށް ރިޢާޔަތްކޮށްގެން ނޫންކަމަށާއި، އެއާ ޚިލާފަށް ދެވަނަ އެއްބަސްވުމަކީ މިހާރުވެސް ޢަމަލުކުރަމުންދާ ދެމި އޮތް އެއްބަސްވުމަކަށްވާތީކަމށެވެ. އެ ޙަޤީޤަތް އަދިވެސް އެގޮތުގެ މަތިން ދެމިއޮތްއިރު، ފުރަތަމަ އެއްބަސްވުމުގެ ދަށުން އިސްތިއުނާފުކުރާ ފަރާތަށް ބަދަލު ނަގައިދެވޭނެ ޤާނޫނީ އެއްވެސް ހަމައެއް ނެތްކަމަށެވެ.
4.16 ހަތަރުވަނަ ނުކުތާގެ ޖަވާބުގައި ބުނެފައިވަނީ ދައުލަތުގެ ފަރާތުން ދެވަނަ އެއްބަސްވުމާއި ޚިލާފުވެފައިވާކަމަށް ކަނޑައަޅައިދިނުމަށް އެދިފައިވީނަމަވެސް، އެކަމުގެ ސަބަބުން ފަރުވާއެއްގެ ގޮތުން ސްޕެސިފިކް ޕާރފޯމެންސްގެ އަމުރެއް ނުވަތަ ދެވަނަ އެއްބަސްވުން ބާޠިލުވެފއިވާކަމަށަ ނުވަތަ ޕްރިމޯސްއިން ދެވަނަ އެއްބަސްވުން ބާޠިލުކޮށްފައިވާކަމަށ އެއްވެސް މިންވަރަކަށް ބަޔާންކޮށްފައި ނުވާކަމަށެވެ. ދެވަނަ އެއްބަސްވުމަކީ މިހާރު އަމަލުކުރެވެނ ނެތް އެއްބަސްވުމެއް ކަމަށް ކަނޑައަޅައި ދިނުމަށް ޕްރިމޯސްއިން އެދޭނަމަ އެކަމަކީ ދަށު ކޯޓުގައި ވަޒަންކުރަންޖެހޭ ކަމެއް ކަމަށާއި، ދެވަނަ އެއްބަސްވުމަކީ ފްރަސްޓްރޭޓްވެފައިވާ އެއްބަސްވުމެއްކަމަށް ސާބިތުކުރުމަށް ޝަރީޢަތަށް ހެކި ހުށަހަޅާ އެކަމާ ގުޅޭ ގޮތުން ދެފަރާތުން ވާހަކަދެއްކުމަށްފަހު މެނުވީ މިނުކުތާއާމެދު ދިވެހިރާއްޖޭގެ ހައިކޯޓުން ގޮތެއް ކަނޑަނޭޅޭނެކަމަށެވެ. މީގެ އިތުރުން މިނުކުތާގައި ބަޔާންކޮށްފައިވާ ގޮތަށް ހައިކޯޓުން ގޮތެއް ކަނޑައެޅުން ވެގެންދާނީ އެއްވެސް ހަސްމަކު ދަށު ކޓޯ ގައި ނަގައިދިނުމަށް އެދިފައިވާ ފަރުވާ ނޫނު އެހެން ފަރުވާއެއް މިކޯޓުން ނަގައިދިނުނި ކަމަށެވެ.
5.16 ފަސްވަނަ ނުކުތާގެ ޖަވާބުގައި ބުނެފައިވަނީ، ޕްރިމޯސްއަށް ބަދަލު ނގައިދޭނަ ނުޖެހޭކަމަށް ދަށު ކޯޓުގެ ނިންމުމުގައި ފާހަގަކޮށްފައިވާ އެއްވެސް ނުކުތާއެއް އިސްތިއުނާފުކުރާ ފަރާތުން މިކޯޓުގައި ތަޢުނުކޮށްފައި ނުވާކަމަށާއި، އެއާ ޚިލާފަށް ޕްރިމޯސްއިން ޖުމްލަގޮތެއްގައި ބަޔާންކޮށްފައިވަނީ ދަށު ކޯޓުގެ ނިންމުން ނިންމާފައިވަނީ ދައުލަތަށް ނުޙައްޤު މަންފާއެއް ލިބޭގޮތަށްކަމަށެވެ. މިކަންކަން ވރަށަ ތަފްސީލްކޮށް އިސްތިއުނާފުގެ ޖަވާބު ފޯމުގައި ދައުލަތު ނ ބަޔާންކޮށްފައިވެއެވެ. ދައުލަތނު އެދޭގޮތް: 17 ދައުލަތުގެ ފަރާތުން އެދިފައިވަނީ ސިވިލް ކޯޓުގެ ނަންބަރު:2373/Cv-C/2019 ޤަޟިއްޔާ އިން ކޮށްފައިވާ ޙުކުމް ބާޠިލްކުރަންޖެހޭ ޝަރުޢީ އަދި ޤާނޫނީ އަސާސެއް ނެތްކަމަށް ކަނޑައަޅާދެއްވައި ފައިސަލާ ކުރަނިވި ޙުކުމެއް ކޮށްދެއްވުމަށެވެ. މާލޭ ސިޓީ ކައުންސިލްގެ ފަރާތުން ދެއްކި ވާހަކަތައް: 18 މާލޭ ސިޓީ ކައުންސިލްގެ ފަރާތުން އިސްތިއުނާފުގެ ޖަވާބު ތަފްޞީލްކޮށް އިސްތިއުނާފީ ދަޢުވާގެ ޖަވާބު ފޯމުގައި ބަޔާންކޮށްފައިވެއެވެ. މިމޭރުމުން ޝަރީޢަތުގެ މަޖިލީހުގައިވެސް އެނުކުތާތަކާއި ގުޅިގެން ތަފްޞީލްކޮށް ވާހަކަ ދައްކާފައިވެއެވެ. މިތަފްޞީލުތަކަކީ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގައި ހިމެނޭނެ ބައެއްކަމަށްވާތީ، ޚުލާޞާ ގޮތެއްގައި އެކަންކަން ބަޔާންކުރާނަމަވެ. މިގޮތުން؛ .181- މާލެ ސީޓީ ކައުންސިލްގެ ފަރާތުން ބުނެފައިވަނީ މިއިސްތިއުނާފ ބިނާކޮށްފައިވަނީ މައިގަނޑު 4 ނުކުތާއެއްގެ މައްޗަށްކަމަށާއި މިއިން ކޮންމެ ނުކުތާއެއް ބިނާވެގެންދަނީ 19 އޭޕްރީލް 2018 ގައި ސޮއިކޮށްފައިވާ އެއްބަސްވުމެއްގެ މައްޗަށްކަމަށާއި، އެ އެއްބަސްވުމަކީ މާލެ ސިޓީ ކައުންސިލްގެ ބައިވެރިވުމެއް އޮވެގެން ވެފައިވާ އެއްބަސްވުމެއް ނޫންކަމަށެވެ. ޕްރިމޯސްއިން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގެ މައުޟޫއަކީވެސް 19 އޭޕްރީލް 2018 ގައި ވެފައިވާ އެއްބަސްވުމަކާ އެއްގޮތަށް ދައުލަތުން ޢަމަލުކޮށްފައިނުވާތީ، ޕްރިމޯސްއަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުންކަމަށާއި، އެހެންކަމުން އެ އެއްބަސްވުމުގައި މާލެ ސިޓީ ކައުންސިލްގެ ދައުރެއް އޮތްކަމުގައި ނުދެކޭ ކަމަށާއި، ޕްރިމޯސްއިން ފާހަ ގަކޮށްފައިވަނީ ދެވަނައަށް ވީ އެއްބަސްވުމާއި ދައުލަތުން ޚިލާފުވެފައިވާ ވާހަކަ ކަމަށާއި، މާލޭ ސިޓީ ކައުންސިލަކީ ދެވަނައަށްވީ އެއްބަސްވުމުގެ ބައިވެރިއެއްނޫންކަމަށާއި، އަދި ފުރަތަމައަށްވީ އެއްބަސްވުން ބާޠިލްކުރީވެސ މާލް ސިޓީ ކައުންސިލުންނޫންކަމަށާއި، އެހެންކަމުނަ މާލް ސިޓީ ކައުންސިލަށް މިމައްސަލަ ރައްދުވާ ގޮތެއް އިސްތިއުނާފުކުރާ ފަރާތުން ސާފުކޮށްދޭންޖެހޭނެކަމަށް ދެކޭކަމަށެވެ. މާލޭ ސިޓީ ކައުންސިލްގެ ފަރާތުން އެދޭގޮތް: 19 މާ ލޭ ސިޓީ ކައުންސިލްގެ ފަރާތުން އެދިފައިވަނީ ސިވިލް ކޯޓުގެ ނަންބަރު:2373/Cv-C/2019 ޤަޟިއްޔާ ގައި އިސްތިއުނާފު ރައްދުވާ ފަރާތުގެ ހައިސިއްޔަތު މާލޭ ސިޓީ ކައުންސިލަށް ލިބިގެންނުވާކަމަށް ކަނޑައަޅައި މައްސަލަ ނިންމަވައި ދެއްވުމމަށެވެ. ޝަރީޢަތަށް ފާހަގަކުރެވުނު ކަންތައްތައް: 20 މިމައްސަލައާއި ގުޅިގެން ސިވިލް ކޯޓުގެ ނަންބަރު:2373/Cv-C/2019 ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓަށާއި، އެ މައްސަލަ އިސްތިއުނާފު ކުރުމަށް ޕްރިމޯސގް ފަރާތުން ހުށަހަޅާފައިވާ ނުކުތާ ތަކަށާއި، އެނުކުތތަކާއާ ގުޅިގެން މިމައްސަލައިގައި ހިމެނޭ ފަރާތްތަކުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައަ ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާއި ގުޅުންހުރި އެންމެހައި ލިއުންތަކަށް ބަލާއިރު އަންނަނިވި ކަންތައްތައް ޝަރީޢަތަށް ފާހަގަކުރެވެއެވެ. އިސްތިއުނާފީ ފުރަތަމަ ނުކުތާ: 21 އިސްތިއުނާފީ ފުރަތަމަ ނުކުތާގައި ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ށ) އާ ޙަވާލާދީ ޕްރިމޯސްއިން ފާހަގަކުރާ ކަމަ ކ، ދެވަނަ އެއްބަސްވުމުގެ ދަށުން ޕްރިމޯސްއ ޙަވާލާ ކުރަންޖެހޭ ބިން ޙަވާލުކޮށްފައި ނުވާކަން ހުށަހެޅުނު ލިޔުންތަކާއި އިސްތިއުނާފު ރައްދުވާ ދައުލަތުގެ ބަހުން އެނގޭއިރުވެސް، ދެވަނަ އެއްބަސްވުމާއި ޚިލާފުވެފައި ނުވާކަމަށް ނިންމި ނިންމުމުގައި ޢަދުލުވެރިކަމެއް ނެތް ކަމަށެވެ. 22 ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ށ) ގައި ދިވެހިރާއްޖޭގައި ޝަރީޢަތް ހިންގާންވާނީ ގޮތެ ބަޔާން ކޮށްދެމުން ބުނެފައިވަނީ، އެންމެހައި ޝަރީޢަތްތައް ހިންގާންވާނީ، ޢަދުލުވެރިކަމާއެކު، ވަކިފަރާތަކަށް ނުޖެހި، ހާމަކަމާއެކުގައި ކަމަށެވެ. ފަނޑިޔާރެއްގެ ކުރިމައްޗަށް ހުށަހެޅޭ ޚުޞޫމާތަކާއ ގުޅިގެނި ދެފަރާތުން ދައްކާ ވާހަކަތައް އަޑުއަހައި، ވާޤިއާތައް ސާބިތުކުރުމަށް ހުށަހަޅާ ހެކިތައް ވަޒަންކުރުމަށްފަހު، ފަނޑިޔާރަކު ނިންމާ ނިންމުމަކީ، ޢަދުލުވެރިކަމާއެކު ނިންމި ނިންމުމެއް ނޫނޭ ބުނުމަކުން ނުފުދެއެވެ. ޢަދުލުވެރިނނ ކަމަށް ބުނޫ ޤާނޫނީ ސަބަބުތައް ބަޔާންކުރަންޖެހެއެވެ. 23 އިސްތިއުނާފުކޮށްފައިވ ދަށާ ކޯޓުގު މައްސަލެ ނިންމުމުގައި، ޢަދުލުވެރިކަމެއް ނެތްކަމަށް ޕްރިމޯސްއިން ބުނާ ސަބަބަކީ، ދެވަނަ އެއްބަސްވުމުގެ ދަށުން ޙަވާލު ކުރަންޖެހޭ ބިން ޕްރިމޯސްއާ ޙަވާލުކޮށްފައި ނުވާކަމށަ ބުނެ ދެއްކި ވާހަކަތަކާއި ހުށަހެޅި ލިޔުންތަކުން ފެންނަން ހުރި ކަންކަމަށް ދަށު ކޯޓުން ބަލާފައި ނެތުމެވެ. 24 ދަށު ކޯޓުން މިމައްސަލަ ނިންމުމުގައި މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންޕްރާސްޓްރަކްޗަރ ގެ ނަންބަރު:PS2/138/2018/165-(OTHR)138 (24 ސެޕްޓެމްބަރ 2018) "ބިން ޙަވާލު ކުރާ ލިޔު.."މަށް ބުރަދަންދީފައިވަނީ ހަމައެކަނި އެލިޔުން ވުޖޫދުގައި އޮތް އޮތުމުގެ މައްޗަށެވެ. އެލިޔުމާއި އެއްގޮތަށް ރަސްމީ އިދާރާއަކުން އެބިނ ވާޤިޢީ ގޮތުން ޕްރިމޯސްއާ ޙަވާލުކުރިތާ ނުވަތަ ނުކުރޭތޯ ބަލާފައެއް ނެތެވެ. 25 ދައުލަތުގެ ކަމާބެހޭ އިދާރާއަކުން، ވަކި ފަރާތަކަށް ވަކި ބޭނުމަކު ބިމެއް ޙަވާލުކޮށްފިކަށް ބުނާނަމަ، އެންމެ ކުޑަވެގެން އެބިމެއްގެ އިންތަކާއި މިންތައް ވަކިކޮށް އެބިމެއ އޮތްތަނެއް އެފަރާތަކަށް އަންގަންޖެހޭނެއެވެ. ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު ބަޔާންކުރާ ގޮތުން، ބިމުގެ މައްޗަށް އަމިއްލައަކަށް ޙިޔާޒަތެއް (possession) ނުހޯދޭނެއެވެ. އެބަހީ އަމިއްލަ އަމިއްލައަށް ގޮސް ބަންޑާރަވިޔަސް އަދި އެނޫންވިޔަސް ހުސްބިންތަކަށް ވަދެގަނެ ނޫނީ ވެރިވެގަނެ އަމިއްލައަށް ބޭނުންވާހާ ގޮތަކަށް އެބިމަކުން އިންތަކާއި މިންތައް ކަނޑައަޅައި ބައުންޑްރީ ވަކިކޮށް ޢިމާރާތްތައް ހެދުމަކީ މިހާރަކު ކުރެވޭނެ ކަމެއް ނޫނެވެ. މިސާލަށް؛ ދިރިއުޅުމަށް ދޫކުރާ ގޯއްޗެއް އޮތް ތަން ބަޔާންކޮށް ދިނމުނު ގޯތި ނަގަން އެދުނު މީހާއަށް ގޯތި ދޫކުރެވުނީ ކަމަކަށް ޤާނޫނީ ހަމައަކުން ނުބެލޭނެއެވެ. ގޯތި ނެގުންކަމަށް ބަލަނީ، ގޯއްޗަށް އެދި ހުށަހެޅި މީހާއަށް ގޯތި ލިބޭ ސަރަޙައްދު ނުވަތަ ތަން އެންގުމުގެ އިތުރުން އޭނާއަށް ދޫކުރާ ގޯތީގެ އިންތަކަމާއި މިންތައް ވަކިކޮށް ޤާނޫނު ނަންބަރު:2002/1 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) ގެ 2 ވަނަ މާއްދާ އާއި 7 ވަނަ މާއްދާ. ކަމާބެހޭ އިދާރާއިން ކަންމުޑި ޖަހައި އެގޯތީގެ ބިން ވަކި ކޮށްދިނުމުންނެވެ. އޭގެ ފަހުން، ވަގުތީ ރަޖިސްޓްރީ އާއި ދާއިމީ ރަޖިސްޓްރީގެ ހެއްދުމުގެ ކަންކަން ބިމާބެހޭ ޤާނޫނާއި އެޤާނޫނުގެ ދަށުން ހަދާފައިވާ ޤަވާޢިދުތަކާއަ އެއްގޮތަށް ކުރަންޖެހޭނެއެވެ. 26 މިއުޞޫލުން، ބަންޑާރަ ބިން ވިޔާފާރީގެ އުޞޫލުން ކުއްޔަށްދޭއިރުވެސް، އެކުއްޔަށްދެވޭ ބިމެއް އޮތް ތަނެއް ބަޔާން ކޮށްދިނުމަކީ ބިން ޙަވާލު ކުރުން ކަމުގައި ޤާނޫނީ ހަމައަކުން ބަލައެއް ނުގަނެވެއެވެ. މިގޮތަށް ބަލަންވެއްޖެނަމަ، މުޖްތަމަޢުގައި ހަމަޖެހުނު ޤާއިމް ކުރުމަކީ ނާދިރުކަމެކެވެ. ސަބަބަކީ، ބިންތަކުގެ އިމާގުޅޭ ގޮތުން އުފެދޭ އަރައިރުންތަކަށް ޙައްލުދިނުމަކީ ފަސޭހަކަމަކަށް ނުވާނެތީއެވެ. ކޮންމެ މީހަކުވެސް ބުނާނީ އޭނާގެ ބިމަކީ މިވެނި ހިސާބަކުން އެވެނި ހިސާބަކަށް އޮތް ތަން ކަމަށެވެ. ނޫނީ އެވެނ ފަރާތެއްގައި އޮތް ބިމަކީ ތިމަންނާގ ބިނެ ކަމަށެވެ. ބިމާބެހޭ ޤާނޫނާއި އެޤާނޫނުގެ ދަށުން ހަދާފައިވާ ޤަވާޢިދުތަކުގެ އެއްބޭނުމކަ ނިޒާމީ ހަމައަކުން ބިމާބެހޭ ކަންކަން ހަމަޖައްސައި މިދެންނެވި ފަދަ އަރައިރުންތައް ނުހިގާނެގޮތަށް ކަންކަން އިންތިޒާމު ކުރުމެވެ. ވީމާ، އިން ވަކިކޮށް ބިން ޢައްޔަންކޮށްދިނުމަކާއި ނުލައި، ބިން ޙަވާލުކޮށްފީމޭ ބުނެ ސޮއިކުރާ ލިޔުމެއްގެ މައްޗަށް ބިނާކޮށް، އެބިމެއް ވާޤިއީ ގޮތުން އެޙަވާލު ކުރަންޖެހޭ ފަރާތަކަށް ޙަވާލު ކުރެވުނީ ކަމަށް ޝަރީޢަތުން ބަލައިގަތުމަކީ ޤާނޫނާއި އެއްގޮތަށް ކުރެވޭ ކަމަކަށް ނުވެއެވެ. 27 ވީމާ، ވިޔާފާރީގެ އުޞޫލުން ކުއްޔަށް ދޭ ބިމެއް ކަމަށް ވިޔަސް، ނޫނީ ބަދަލެއްގެ ގޮތުގައި ޙަވާލު ކުރެވޭ ބިމެއް ކަމަށްވިޔަސް، ޙަވާލުކުރެވޭ ބިމުގެ އިންތަކާއި މިންތައް ބަޔާންކޮށް އެބިމެއ އޮތްތަން ދައްކައި އެބިމެއް އެޙަވާލުކުރަންޖެހޭ ފަރާތަކާއި އޭގެޒާތުން ޙަވާލު ކުރުމަކީ ޤާނޫނީ ބާރުވެރިކަން ލިބިފައިވާ އޮތޯރިޓީއަކުނ ކުރަން އޮތްކަމެކެވެ. 28 މިމައްސަލައިގައި، ޙަވާލާދެވޭ ލިޔުމުން، ޕްރި މޯސްއ ބިނާ ޙަވާލު ކުރިކަމަށް ބަޔާން ކުރެއެވެ. އަދި ޙަވާލުކުރާ އެބިމާއި ޕްރިމޯސްގެ ފަރާތުން ޙަވާލުވާ ފަރާތް ކަމުގައި އެކުންފުނީގެ ޑިރެކްޓަރު ސޮއިކޮށް، ކުންފުނީގެ ސިއްކަ ޖަހާފައި އޮވެއެވެ. ބަޔާންވެދިޔަ ލިޔުމުގައި، "ބިމުގެ ޗާޓު" "މިލިޔުމާއެކު ހިމަނާފައި" މިހެނ ބަޔާންކޮށްފައި ވެއެވެ. ތެދެކެވެ. އެލިޔުމާއެކު ތަނުގެ ކުރެހުމެއް ހިމަނާފައި އެބައޮތެވެ. މިކުރެހުމުގައި، "ހެންވޭރު ހެދިގޮ ނޑުދޮށު ސަރަޙައްދު، ކޮށި ނަންބަރ1 " އަކީ ކޮބައިކަން ބަޔާންކޮށްފައެއް ނެތެވެ. އަދި "މަލޓްޕާޕޯސް ބިލްޑިންގ އޭރިޔާ 500 ސްކޮޔާ މީޓާރު" އެކުރެހުމުގައި މިހެން ދައްކާފައިވާ ބަޔަކީ، ޕްރިމޯސ އާއް ޑައިންމޯއަށް ޙަވާލުކުރިބިންކަމެއ އެނގޭކަށް ނެތެވެ. "މަލޓްޕާޕޯސް ބިލްޑިންގ އޭރިޔާ 500 ސްކޮޔާ މީޓަރު" މިހެން ބަޔާންކުރާ ސަރަޙައްދަކީ، ޕްރިމޯސ އާއް ޑައިންމޯ އާ ދެބައިމީހުންނަށް ބަދަލުގެ ގޮތުގައި ދިން ތަނެއް ކަމަށް ބެލިނަމަވެސް، އެތަނުގެ އިންތަކާއި މިންތައް ވަކި ކުރެވި، ޕޮރިމޯސްއަށ ލިބް ބަޔަކީ ކޮބައިކަމެއް ޑައިންމޯއަށ ލިބް ބަޔަކީ ކޮބއަ ކަމެއް ބަޔާންކޮށްފައެއް ނެތެވެ. 29 މަތީގައި ބަޔާންކުރި ބިން ޙަވާލުކުރި ލިޔުމަކީ، 24 ސެޕްޓެމްބަރ 2018 ގައި ސޮއިކޮށް ފައިވާ ލިޔުމެކެވެ. އޭގެ ކުރިން، 19 އޭޕްރީލް 2018 ގައި، ޕްރިމޯސްއަށ ބަދަލް ދިނުމުގެ ގޮތުނވީ، ދެވަނަ އެއްބަސްވުމުގައި ސޮއިކޮށްފައިވެއެވެ. މިއެއްބަސްވުމަކީ، ހަމައެކަނި ޕްރިމޯސ އާއް ހައުސިންގ މިނިސްޓްރީއާ ދެމެދު ވެފައިވާ އެއްބަސްވުމެކެވެ. މިއެއްބަސްވުމުގެ ބައިވެރިއެއްގެ ކަމުގައި ޑައިންމޯ ނުވެއެވެ. 30 ދެވަނަ އެއްބަސްވުމުގެ 7.1 ގައި ބަޔާން ކުރަނީ " މި އެއްބަސްވުމުގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފއިވަ ބިން ކުއްޔަށްދޫކުރީ، ކުއްޔަށްދޫކުރި ފަރާތުން ދޭ ޕްލޭނާ އެއްގޮތަށް ބިން ތަރައްޤީކޮށް ބެލެހެއްޓުމަށެވެ..." ބިން ކުއްޔަށް ދޫކުރި ފަރާތަކީ، "މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ" އެވެ. އެކަން ދެވަނަ އެއްބަސްވުމުގެ 2 ވަނަ މާއްދާގައި ބަޔާންކުރެއެވެ. ދެވަނަ އެއްބަސްވުމުގެ 4 ވަނަ ނަންބަރުގައި "މިއެއްބަސްވުމުގެ ދަށުން ބިން ކުއްޔަށްހިފި ފަރާތަށް ކުއްޔަށްދޫކުރި ބިމަކީ މި އެއްބަސްވުމުގެ ޖަދުވަލު 1 ގައިވާ ޗާޓުގައިވާ ބިމެވެ." މިހެން ބަޔާންކޮށްފައި އޮތްއިރު، ދެވަނަ އެއްބަސްވުމާއެކު ޗާޓެއް ހިމަނާފައި އޮތްކަމަށް ނުދައްކައެވެ. ހަމައެހެންމެ، ދެވަނަ އެއްބަސްވުމުގެ 7.6 ވަނަ މާއްދާގައި " މިއެއްބަސްވުމުގައި ސޮއިކުރާތާ 08(އަށެއް) މަސްދުވަހުގެ ތެރޭގައި މި އެއްބަސްވުމުގެ ދަށުން ކުއްޔަށް ދޫކުރި ބިން ތަރައްޤީކޮށް ޚިދުމަތް ދޭން ފަށަންވާނެއެވެ." މިހެން ބަޔާންކޮށްފައި އޮތްއިރު، 24 ސެޕްޓެމްބަރު 8201 ގައި ބިން ޙަވާލު ކުރިކަމަށް ބަޔާން ކުރާ ލިޔުމުން ޙަވާލުކުރި ބިމަކީ، ދެވަނަ އެއްބަސްވުމުގެ ޖަދުވަލު1 ގައި ބަޔާންކުރާ ބިން ކަމަށް މާނަ ކުރާނަމަ، އެބިމުގެ ތެރޭގައި ދެވަނަ އެއްބަސްވުމުގައި ނުހިމެނޭ ޑައިންމޯ ހިމެނިގެން ދިޔެ ގޮތެއް، އެބިމުން، ޕްރިމޯސްއ ޙަވާލާ ކުރު ބަޔަކާ ކޮބާކަން އަދި ޑައިންމޯ އާ ޙަވާލު ކުރާ ބަޔަކީ ކޮބައިކަން އެނގެން ޖެހެއެއެވެ. މީގެ އިތުރުން، އެބިން ޙަވާލުކުރިކަމަށް ބެލިނަމަވެސް ޙަވާލުކުރެވިފައި އެވަނީ، ދެވަނަ އެއްބަސްވުމުގައި ސޮއިކުރި ތާރީޚުން ފެށިގެން 05 (ފަހެއް) މަހާއި ދުވަސްކޮޅެއް ފަހުންނެވެ. ހަމައެހެންމެ، ދެވަނަ އެއްބަސްވުމުގެ 7.1 ގައި ބަޔާންކުރާ ބިން ކުއްޔަށްދޫކުރި ފަރާތުގެ ޕްލޭނެއް ދިންކަން ހުށަހެޅި ލިޔުންތަކުން ފެންނާކަށްވެސް ނެތެވެ. ވީމާ، ދެވަނަ އެއްބަސްވުމުގެ 7.6 އަށް ޢަމަލުކުރުން ވެގެންދާނީ މުސްތަޙީލު ކަމަކަށެވެ. 31 ކަންމިހެން ހުރިއިރު، ބަދަލު ދިނުމުގެ ގޮތުން ޕްރިމޯސްއ ޙަވާލުކުރާ ބިން ހަމަ ޙަޤީޤަތުގައިވެސް ޕްރިމޯސްއާ ޙަވާލު ކުރިކަން ކަށަވަރު ކުރުމުގެ ގޮތުން، މިކޯޓުން ބަންޑާރަ ނައިބު އޮފީހަށް ލިޔެގެން ބެލި ބެލުމުން، ޕްރިމޯސްއ ޙަވާލާ ކުރިކަމަށް ބަޔާން ކުރާ ބިން އެއްވެސް އިރެއްގައި ޕްރިމޯސްގ ހިޔާޒަތުގެ ދަށަށް ގެނެވޭ ގޮތަށް އެއްވެސް ކަމެއް ކޮށްފައި އޮތްކަމަށް ނުދައްކައެވެ. ދެވަނަ އެއްބަސްވުމުގައި ސޮއިކުރި ތާރިޚު ކަމަށްވާ 19 އޭޕްރީލް 2018 އިން ފެށިގެން 09 ޑިސެމްބަރު 2018 އާ ހަމައަށް ޕްރިމޯސްއާ ޙަވާލު ކުރިކަމަށާ ބަޔާން ކުރާ ބިން އޮތީ، ހައުސިންގ މިނިސްޓްރީގެ ބެލުމުގައި ދަށުގައި ކަން އެނގެއެވެ. މިމުއްދަތުގައި އެބިމުގެ ހިޔާޒަތު ޕްރިމޯސްއަށް ލިބިދީފައި އޮތްކަމަށް ބަޔާނެއް ނުކުރެއެވެ. ހަމައެހެންމެ، 09 ޑިސެމްބަރު 2018 އިން ފެށިގެން، ސުވާލު މިކުރެވޭ ބިން މި އަދާހަމައަށްވެސ އޮތް މާލީ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައިކަނ އެނގެން އޮވެއެވެ. އަދި 27 އޮކްޓބަރޯ 2024 އިން ފެށިގެން، މިނިސްޓްރީ އޮފް ސްޕޯޓްސް ފިޓްނަސް އެންޑް ރެކްރިއޭޝަނަށް މިސަރަޙައްދުން 633.42،15 (ފަނަރަހާސް ހަސަތޭކަ ތިރީސް ތިނެއް ޕޮއިންޓް ހަތަރެއް ދެއެއް) އަކަފޫޓްގެ ބިން ޙަވާލު ކޮށްފައި އޮތް ކަން އެނގެން އޮވެއެވެ. ހައިކޯޓުގެ ނަންބަރު: B2/32/2025/13-95 (22 އޭޕްރީލް 2025) ސިޓީ އާއި ގުޅިގެން ބަންޑާރަނައިބުގެ އޮފީހުން ފޮނުވި ނޯޓް ނަންބަރު:-32 B1/2025/92-CLD (27 އޭޕްރީލް 2025) ލިޔުމާއި އަދި އެލިޔުމާއެކު ފޮނުވި އިތުރު ލިޔުންތައް. 32 މީގެ އިތުރުން، މާލޭ ސިޓީ ކައުންސިލްގެ އިދާރާއިން ގެދޮރުވެރިކަމާއި ބިމާއި ޢމްރާނީ ތަރައްޤީއާ ބެހު ވުޒާރާއަށް ފޮނުވާފައިވާ ނަންބަރު:B5/471/2024/48-425 (24 ނޮވެމްބަރު 2024) ސިޓީގައި "...އާޓިފިޝަލ ބީޗް ސަރަޙައްދުން މިއިދާރާއިނ ވާން މިނިސްޓްރީ އޮފް ސްޕޯޓްސް ފިޓްނަސް އެންޑް ރެކްރިއޭޝަނަށް 27 ނޮވެމްބަރު 2024 ގައި 15633.42 އަކަފޫޓުގެ ބިމެއް ޙަވާލުކޮށްފައެވެ. އަދި އާޓިފިޝަލ ބީޗް ސަރަޙައްދުން މިދެންނެވި ތާރީޚްގެ ކުރިން އެއްވެސް ފަރާތަކަށް ބިމެއް ޙަވާލުކޮށްފައެއްނުވެއެވެ. މި އިދާރާއިން އެތަނުން ބިން ދިނުމަށް ބެލިއިރު އެތަން އޮތީ ހުސްކޮށް ކަމުގައި ދެންނެވީމެވެ." މިހެން ބަޔާންކޮށްފައި އޮވެއެވެ. މިއިން ދޭހަކޮށްދޭ ކަމަކީ، ޕްރިމޯސްއަށް ބަދަލުގެ ގޮތުގައި ދިނުމަށް އެއްބަސްވެ އެކުލަވާލި ދެވަނަ އެއްބަސްވުމުގެ ދަށުން ޙަވާލު ކުރިކަމަށްބުނ ބިނާ ޙަވާލު ކުރިކަން އަންގައިދޭ ލިޔުމެއް ހައުސިންގ މިނިސްޓްރީގެ ފަރާތުން ތައްޔާރުކޮށް ސޮއިކޮށް އެތަނުގެ ރަސްމީ ސިއްކަ ޖަހާފައި އޮތްނަމަވެސް، އެބިމުގެ ހިޔާޒަތު އެއްވެސް އިރެއްގައި ޕޮރިމޯސްއާ ޙަވާލުކުރެވިފައި ނެތްކަމެވެ. އަދި ދައުލަތުގެ ރަސްމީ އިދާރާތަކުން ބިމާބެހޭ ގޮތުން ކުރާ މިބާވަތުގެ މުޢާމަލާތްތައް ބިމާބެހޭ ޤާނޫނާއި އެއްގޮތަށް ބަލަހައްޓަމުން ނުގެންދިއުމުގެ ސަބަބުން އެއްއިދާރާއިނ ކުރް ކަންކަނާ އަނެއްއިދާރާއަށް އެނގިފައި ނުއޮންނަ ކަމެކެވެ. 33 މިކަންކަން، މިހެން ހުރިކަން ހުށަހެޅި ލިޔުންތަކުން ސާފުކޮށް އެނގެން އޮތުމުން، ބަދަލު ދިނުމުގެ ގޮތުން، ދެވަނަ އެއްބަސްވުމުގެ ދަށުން ޕްރިމޯސްއަށ ބިން ޙަވާލުކޮށްފައި އޮތްކަމަ ށ ދަށް ކޯޓުނު ނިންމާފައިވަނީ، ފެންނަންހުރި ޙަޤީޤަތްތަކާއި ތަޢާރުޟުވާ ގޮތަށެވެ. ދެވަނަ އަދި ތިންވަނަ އިސްތިއުނާފީ ނުކުތާ: 34 އިސްތިއުނާފީ ދެވަނަ ނުކުތާގައި ބަޔާން ކުރަނީ، ދަށު ކޯޓަށް ހުށަހެޅި ހެކިތައް އެކަށީގެންވާ ގޮތެއްގައި ޝަރީޢަތުން ވަޒަން ކޮށްފައި ނެތްކަމަށެވެ. އަދި ތިންވަނަ ނުކުތާގައި ބަޔާންކުރަނީ، ޢަމަލީ ގޮތުން ބިން ޙަވާލުކުރުމުގެ އެއްވެސްކަމެއް އިސްތިއުނާފު ރައްދުވާ ފަރާތުން ކޮށްފައި ނުވާކަމަށް އިޢުތިރާފް ލިބޭއިރުވެސް ދެވަނަ އެއްބަސްވުމުގެ ދަށުން ބިން ޙަވާލު ކުރިކަމަށް ނިންމީ ޙަޤީޤަތާ ޚިލާފަށްކަމަށެވެ. 35 މިދެނުކުތއާ ގުޅިގެނާ ޝަރީޢަތުން ފާހަގަކުރަން ހުރް ކަންކަން އިސްތިއުނާފީ ފުރަތަމަ ނުކުތާއާއެކު ބަޔާން ކޮށްފައި އެވަނީއެވެ. ހުށަހެޅުނު ހެކިތައް ދަށު ކޯޓުން ވަޒަން ކޮށްފައިވަނީ އޭގެ މޫނުމަތީނ ފެންނަން އޮތް އޮތުމެއްގެ މައްޗަށް ބަލައިގެންނެވެ. ނަމަވެސް ޝަރީޢަތުން ހެކި ވަޒަން ކުރަންޖެހޭނީ، ހުށަހެޅިފައިވާ އެންމެހައި ހެކި ޤަރީނާތައް އެކުގައި ބަލައިގެންނެވެ. މިގޮތަށް ބެލުމުން، ނިކުންނަ ނަތީޖާއަކީ، ދެވަނަ އެއްބަސްވުމުގެ ދަށުން ޕްރިމޯސްއ ޙަވާލާ ކުރަންޖެހޭ ބިން އެބިމުގެ އިންތަކާއި މިންތައް ވަކިކޮށް އެބިމުގެ ބޭނުން ކުރެވޭ ގޮތަށް އެބިން ޙަވާލުކުރަންޖެހޭ ސަރުކާރުގެ ކަމާބެހޭ އިދާރާއިން ޙަވާލުކޮށްފައި ނެތް ކަމެވެ. އިސްތިއުނާފީ ހަތަރުވަނަ ނުކުތާ: 36 މިނުކުތާގައި ބަޔާންކުރަނީ ދަށު ކޯޓުން މިމައްސަލަ ނިންމި ގޮތުން، ދައުލަތަށް ނުޙައްޤު މަންފާތަކެއް ލިބިގެން ގޮސްފިކަމަށެވެ. މނިކުތާއާގުޅިގެން ބަލާއިރު، ޕްރިމޯސ އާއް މާލޭ ސިޓީ ކައުންސިލްއާ ދެމެދު ވެވުނު ފުރަތަމަ އެއްބަސްވުމާމެދު ޚުޞޫމާތެއް ނެތެވެ. ވީމާ، އެއީ އެމައްޗަށް ޢަމަލުކުރުން އެއްބަސްވުމުގ ދެފަރާތަށްވެސް ލާޒިމުވާ ގޮތަށް އޮތް އެއްބަސްވުމެކެވެ. 37 ފުރަތަމަ އެއްބަސްވުންވެފައިވަނީ ޕްރިމޯސ އާއް މާލޭ ސިޓީ ކައުންސިލާ ދެމެދުކަމުގައިވިޔަސް، މިއެއްބަސްވުމުގެ 7 ވަނަ މާއްދާގެ (ނ) ބަޔާންކުރާ ގޮތުން، ކުއްޔަށްދީފައިވާ ތަން ސަރުކާރަށް ބޭނުވެގެން ވަކިކުރަންޖެހިއްޖެނަމަވެސް، އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ގޮތަށް އެތަން ޕްރިމޯސްގެ ކިބައިން ވަކިކުރެވިދާނެއެވެ. ފުރަތަމަ އެއްބަސްވުމުގެ 7 ވަނަ މާއްދާގެ (ނ) ގައި ބަޔާން ކުރަނީ؛ "7(ނ) ތަން ކުއްޔަށް ދޫކޮށްފައިވާ މުއްދަތު ހަމަވުމުގެ ކުރިން ކުއްޔަށްދޭ ފަރާތުން ތަން ބޭނުންވެގެން ނުވަތަ ސަރުކާރަށް ބޭނުންވެގެން ވަކިކުރަންޖެހިއްޖެނަމަ، 3 މަސްދުވަހުގެ ނޯޓިސް ދިނުމަށްފަހު އެނޯޓިސްގެ މުއްދަތު ހަމަވުމުން، ފުޑްކޯޓ ނުވަތް ތަން ވަކިކުރެވިދާނެއެވެ. މިގޮތުން ވަކިކުރާނަމަ ތަނަށްކޮށްފައިވާ ޚަރަދުގެ ބަދަލުދޭންވާނެއެވެ. މިގޮތުން ދޭންޖެހޭ އަގާއިމެދ ދެފަރާތު އެއްބަސް ނުވެވިއްޖެނަމަ، އަގު ކަނޑައަޅާނީ ޝަރީޢަތަށް ހުށަހަޅައިގެންނެވެ. މިނޯޓިސްގެ މުއްދަތުގައިވެސް ތަނުގެ ކުލި ހިނގާނެއެވެ." 38 ޕްރިމޯސްގެ ކިބައިން ތަންވަކ ކުރި މިތަން ކުއްޔަށްދިން މާލޭ ސިޓީ ކައުންސިލަކުން ނޫނެވެ. މިތަން ޕްރިމޯސްގެ ކިބައިން ނެގީ ސަރުކާރަށް ބޭނުންވެގންނެވެ. ސަރުކާރަށް ބޭނުންވެއްޖެނަމަ، ތަން ޕްރިމޯސްގެ ކިބައިން ވަކިކުރުމަކީ، ކުރެވިދާނެ ކަމެއްކަމަށް ޕްރިމޯސްއިންވެސް އެއްބަސްވެއެވެ. އެކަން މަތީގައިވާ ނުކުތާއިން ސާފުވެއެވެ. 39 ދެން އޮތީ، މުއްދަތު ހަމަވުމުގެ ކުރިން ތަން ވަކިކުރާނަމަ، ޢަމަލު ކުރަން އޮތް އިޖުރާއަތެވެ. ފުރަތަމަ ކަމަކީ، 03 (ތިނެއް) މަސްދުވަހުގެ ނޯޓިސް ދޭންޖެހުމެވެ. 03 (ތިނެއް) މަސްދުވަހުގެ ނޯޓިސް ދީފައި ނެތްކަމަށް ބުނެ، ޕްރިމޯސްގެ ފަރާތުން ޝަކުވާއެއް ކޮށްފައި އޮތްކަން ފެންނާކަށް ނެތެވެ. މިއާޚިލާހަށް، ހައުސިންގ މިނިސްޓްރީގެ ނަންބަރު:AS1/PRIV/2017/-138 (14 ޖެނުއަރީ 2018) ސިޓީގައި އޮތީ، 2018 އޭޕްރީލް 30 ވަނަ ދުވަހުގެ ކުރިން ތަން ހުސްކޮށްދިނުމަށް އެދިފައެވެ. ވިމާ، ފުރަތަމަ އެއްބަސްވުމުގައި ބަޔާންކުރާ ގޮތަށް 03 (ތިނެއް) މަސްދުވަހުގެ ނޯޓިހެއް ދެވިފައިވާކަމަށް ބަލަންޖެހެއެވެ. އެހެންކަމުން، ތަން ހުސްކުރަން އެންގީ ކުއްލިއަކަށް ކަމަށް ޕްރިމޯސްއިނ ބުނިނަމަވެސް އެހެން ބުނެވޭނެ ޤާނޫނީ ހަމައެއް ނެތެވެ. ދެވަނަ ކަމަކީ، ތަނަށް ކޮށްފައިވާ ޚަރަދުގެ ބަދަލު ދޭންޖެހުމެވެ. ބަދަލު ދޭންޖެހެނީ އަގުންކަން މިއެއްބަސްވުމުގެ 7 ވަނަ މާއްދާގެ (ނ) އިން ދެނެގަނެވެއެވެ. ސަބަބަކީ، މިގޮތުން ދޭންޖެހޭ އަގާއި މެދު ދެފަރާތަށް އެއްބަސް ނުވެވޭނަމަ، އަގު ކަނޑައަޅާނީ ޝަރީޢަތަށް ހުށަހަޅައިގެން ކަމަށް އެއްބަސްވުމުގައި ލިޔެފައި އޮތީމައެވެ. މިއަގު ބަދަލުގެ ގޮތުގައި ދޭންޖެހޭ ފަރާތަކީ، ކޮބައިކަމެއް ސީދާ އެއްބަސްވުމުގައި ބަޔާންކޮށްފައި ނެތަސް، އިފްތިރާޟް ކުރެވޭނީ، މިތަން ބޭނުންވެގެން ހުސްކުރަން އަންގާ ފަރާތަކުން އެއަގު ބަދަލުގެ ގޮތުގައި ދޭންޖެހޭނެ ކަމަށެވެ. މިމައްސަލައިގައި، ޕްރިމޯސްގެ ކިބައިން ތަން ހުސްކުރަން އެންގީ، ކުއްޔަށް ދިން ފަރާތްކަމުގައިވާ މާލޭ ސިޓީ ކައުންސިލަކުންނެއް ނޫނެވެ. ސަރުކާރަށް ބޭނުންވެގެން، ހައުސިން މިނިސްޓްރީންނެވެ. ވީމާ، ޕްރިމޯސްއަށ ބަދަލް ދޭންޖެހޭ ފަރާތަކީ ހައުސިން މިނިސްޓްރީ ނުވަތަ ދައުލަތެވެ. 40 ދެން އޮތް ސުވާލަކީ، ހައުސިންގ މިނިސްޓްރީއިން ބަދަލު ދިން ހެއްޔެވެ؟ ބަދަލު ދިނީ ޕްރިމޯސްއިން ފުރަތަމަ އެއްބަސްވުމުގެ ދަށުން ކުއްޔަށްހިފި ތަނަށް ކުރި ޚަރަދުގެ ބަދަލު ހެއްޔެވެ؟ އެބަދަލު ދިނީ އަގުން ހެއްޔެވެ؟ ނުވަޔަ އެނޫން ގޮތަކަށް ހެއްޔެވެ؟ މިސުވާލުތަކުގެ ޖަވާބު، ހުށަހެޅުނު ލިޔުންތަކުން ކޮންމެވެސި ވަރަކަށް ލިބެއެވެ. 41 މިގޮތުން، މިމައްސަލައާއެކ ހުށަހެޅުނު ދެވަނަ އެއްބަސްވުމަށް ބެލުމުން، މިއީ ފުރަތަމަ އެއްބަސްވުމުގެ 7 ވަނަ މާއްދާގެ (ނ) ގެ ދަށުން ބަދަލު ދިނުމަށް ވެފައިވާ އެއްބަސްވުމެއްކަން އެނގެއެވެ. އެއެއްބަސްވުމުގައި ސޮއިކޮށްފައިވަނީ، މިނިސްޓަރ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އާއި ޕްރިމޯސް ގްރޫޕްގެ ފަރާތުންނެވެ. މި އެއްބަސްވުމަކީ، ފުރަތަމަ އެއްބަސްވުމުގެ ދަށުން، ކުއްޔަށް ހިފި ތަނަށް ކުރި ޚަރަދުގެ ބަދަލު އަގުން ދިނުމަށް ވެފައިވާ އެއްބަސްވުމެއް ނޫނެވެ. ނަމަވެސް މިއީ ފުރަތަމަ އެއްބަސްވުމުގެ ދަށުން ތަނަށް ކުރި ޚަރަދުގެ ބަދަލު ދިނުމުގެ ގޮތުން އަނެއްކާވެސް ބިމެއް ޕްރިމޯސްއަށ ކުއްޔަށް ދިނުމަށް ވެފައިވާ އެއްބަސްވުމެވެ. މިކަމަށް ޕްރިމޯސްގެ ފަރާތުން ވަނީ އެއްބަސްވެފައެވެ. 42 ދެން ބަލަންޖެހެނީ، ފުރަތަމަ އެއްބަސްވުމުގެ ދަށުން ކުއްޔަށް ހިފިތަނަށ ކުރް ޚަރަދުގެ ބަދަލު ދިނުމުގެ ގޮތުން ދެވަނަ އެއްބަސްވުމުގެ ދަށުން ޕްރިމޯސްއަށ ކުއްޔަށްދިން ބިން ޕްރިމޯސްއާ ދައުލަތުން ޙަވާލު ކުރި ތޯއެވެ؟ދެވަނަ އެއްބަސްވުމުގަ ދަށުން ޕްރިމޯސްއ ޙަވާލާ ކުރަންޖެހޭ ބިން ޙަވާލުކޮށްފައި ނެތްކަން ފުރަތަމަ ނުކުތާގައި އެވަނީ ބަޔާންކޮށްދެވިފައެވެ. ވީމާ، ފުރަތަމަ އެއްބަސްވުމުގެ ދަށުން ބަދަލު ދިނުމަށް އެކުލަވާލި ދެވަނަ އެއްބަސްވުމުގެ ދަށުން، ބަދަލުގެ ގޮތުގައި ޙަވާލު ކުރަންޖެހޭ ބިން 19 އޭޕްރީލް 8201 ގައި ޙަވާލުކޮށްފައިވާކަމަށްބުނެ، ދެ ވަނަ އެއްބަސްވުމާއި ދައުލަތުން ޚިލާފުވެފައި ނުވާކަމަށް ދަށު ކޯޓުން ނިންމާފައި ވަނީ ޕްރިމޯސްއަށް ގެއްލުންވާ ގޮތަށް އަދި ދައުލަތަށް އެކަމުގެ ފައިދާ ލިބޭ ގޮތަށެވެ. 43 ދެން އޮތް ސުވާލަކީ، ދެވަނަ އެއްބަސްވުމުގެ ދަށުން، ޙަވާލު ކުރަންޖެހޭ ބިން ދައުލަތުން ޕްރިމޯސއް ޙަވާލު ކޮށްފައި ނުވުމަކީ، މިހާރު އަލުން އެނބުރި އައިސް، ފުރަތަމަ އެއްބަސްވުމުގެ ދަށުން، ފައިސާއިން ބަދަލު ހޯދުމަށް ޕްރިމޯސްއަށ ދަޢުވް ކުރެވިދާނެ ސަބަބެއް ހެއްޔެވެ؟ އެކަން އެހެނެއް ނުކުރެވޭނެއެވެ. ސަބަބަކީ، ފުރަތަމަ އެއްބަސްވުމުގެ ދަށުން ޕްރިމޯސްއަށް ކުއްޔަށް ދިން ބިން ސަރުކާރަށްބޭނުންވެގެން ނަގާ ޙާލަތުގައި، ތަނަށް ކޮށްފައިވާ ޚަރަދުގެ ބަދަލު އަގުން ކަނޑައެޅިދާނެކަން ފުރަތަމަ އެއްބަސްވުމުގެ 7 ވަނަ މާއްދާގެ (ނ) ގައި ބަޔާން ކޮށްފައި އޮއްވައި، ކުރި ޚަރަދުގެ ބަދަލު އަގު ކުރުމުގެ ބަދަލުގައި، ފުރަތަމަ އެއްބަސްވެ މުގެ ދަށުނު ލިބިދޭ ބަދަލުގެ ގޮތުގައި، އަނެއްކާވެސް ބިމެއް ކުއްޔަށް ދިނުމާއި ހިފުމަށް ޕްރިމޯސް އާއި ދައުލަތުން އެއްބަސްވެ، އެކަމަށްޓަކައި ދެވަނަ އެއްބަސްވުމެއް އެކަށައަޅާފައިވާތީއެވެ. 44 ބަހުޘްގެ ބޭނުމަށް، ފުރަތަމަ އެއްބަސްވުމުގެ ދަށުން، ޕްރިމޯސްއިން ކުރި އިންވެސްޓްމަންޓްގެ ޚަރަދުގެ ބަދަލު، އަގުން ދޭގޮތަށް އަގުކުރާނަމަ، އެކަން ކުރަންޖެހޭނީ، ފުރަތަމަ އެއްބަސްވުމުގައި ބަޔާންކުރާ ގޮތަށެވެ. ފުރަތަމަ އެއްބަސްވުމުގެ 5 ވަނަ މާއްދާގެ (މ) ގެ (2) ވަނަ ނަންބަރު ބަޔާންކުރާ ގޮތުން "ބިމަށް ކޮށްފައިވާ އިންވެސްޓްމަންޓުގެ ޚަރަދުތަކުގައި ދެފަރާތުން ސޮއިކު"ރަން ޖެހެއެވެ. ވީމާ، އިންވެސްމަންޓަށް ކުރި ޚަރަދަށް އަޞްލު ލިބުނު ގެއްލުމުގެ ބަދަލު ޝަރީޢަތަށް ސާބިތުކުރަން ހުށަހަޅަންޖެހޭ ހެއްކަކީ މިދެންނެވި ދެފަރާތުން ސޮއިކުރި ލިޔުންތަކެވެ. ބަޔަކު ލައްވާ ހަދާފައިވާ އޮޑިޓް ރިޕޯޓެއް ނޫނެވެ. 45 ކުރިން ބަޔާންކުރިހެން، ފުރަތަމަ އެއްބަސްވުމުގެ ދަށުން ބަދަލުގެ ގޮތުގައި ދައުލަތުން ދޭންޖެހޭ ބިން ޕްރިމޯސްއާ ޙަވާލުކުރެވިފައި ނުވާތީ، އަދިވެސް ފުރަތަމަ އެއްބަސްވުމުގެ ދަށުން ބަދަލު ދިނުމަށް ދެފަރާތުން އެއްބަސްވި ގޮތަށް ބަދަލު ދެވިފައެއް ނެތެވެ. މިޙާލަތުގައި، ޕްރިމޯސްއަށް ބަދަލުގެ ގޮތުގައި ލިބެންޖެހޭ ބިން ނުލިބި، އެބިން ދައުލަތުން އެހެން ކަންކަމަށް ބޭނުން ކުރުމަކީ ދައުލަތަށް ލިބެން ނުޖެހޭ މަންފާއެއް ދައުލަތަށް ލިބި ދެވުމެވެ. ޝަރީޢަތުގައި ދެކެވުނު ވާހަކަތަކުން ބުރަވެވޭ ގޮތުގައި، ބަދަލު ދިނުމުގެ ގޮތުން ޕްރިމޯސްއާ ޙަވާލު ކުރަން ދައުލަތުން ނިންމި ބިމަކީ، ވޮލީ ކޯޓެއް އަޅައިގެން ކުޅިވަރު ކުޅެ އަދި ވެހިކަލް ޕާކުކުރާ ތަނެއްގެ ގޮތުގައި ބޭނުން ކުރަމުންދާ ބިމެކެވެ. އަދި މިހާރު އެބިމަކ ބައިނަލްއަޤްވާމީ ފެންވަރު ކުޅިވަރު ކުޅޭ ތަނެއް ހެދުމަށް ކޮންމެވެސް އެހެން ބަޔަކަށް ދިނުމަށް ނިންމާފައި އޮތްތަނެކެވެ. 46 މިޙާލަތުގައި އޮތް އިންޞާފުވެރި ގޮތަކީ، ފުރަތަމަ އެއްބަސްވުމުގެ ދަށުން ބަދަލު ދިނުމަށް އެކަށައެޅި ދެވަނަ އެއްބަސްވުމުގެ ދަށުން ޕްރިމޯސްއާ ޙަވާލު ކުރަންޖެހޭ ބިން ޙަވާލު ކުރުމާއެކު، ބިން ޙވާލަ ކުރުނު ލަސްވުމުގަ ސަބަބުން އަންނާނެ ބަދަލާއި އެއްގޮތަށް ދެވަނަ އެއްބަސްވުމަށް ބަދަލު ގެނައުމެވެ. އެހެނީ އެބިން ޕްރިމޯސްއ ޙަވާލާ ކުރުމުގު ފުރުޞަތު ގެއްލިގެން ގޮސްފައެއް ނުވެއެވެ. ސަބަބަކީ، ދެވަނަ އެއްބަސްވުމުގެ ދަށުން، ބިން ޙަވާލު ކުރަންޖެހެނީ، އެއެއްބަސްވުމުގައި ސޮއިކުރާ ވަގުތުން ފެށިގެން ކަމަށް ދެވަނަ އެއްބަސްވުމުގެ 7.6 ވަނަ މާއްދާއިން ދަލީލު ލިބޭއިރު، ދެވަނަ އެއްބަސްވުމުގައި ސޮއިކުރުމާއެކު ބިން ޙަވާލުކޮށްފައި ނެތްއިރު، ބިން ޙަވާލުކުރިކަމަށް ބުނެ، ލިޔުމެއްގައި ސޮއިކޮށްފައިވަނީވެސް، ދެވަނަ އެއްބަސްވުމުގައި ސޮއިކުރިތާ 05 (ފަހެއް) މަހާއި ދުވަސްތަކެއް ފާއިތުވުމުން ކަމަށްވެފައި، އެއެއްބަސްވުމުގެ ދަށުން ޙަވާލުކުރަންޖެހޭ ބިމުގެ އިންތަކާއި މިންތައް ވަކިކޮށް ވާޤިއީ ގޮތުން އެބިން ޕްރިމޯސްއާ މިހާތަނަށްވެސް ޙަވާލުކޮށްފައި ނެތުމުން، ދެވަނަ އެއްބަސްވުމުގެ މުއްދަތު ގުނޭނީ، ބިން ބޭނުން ކުރެވޭ ގޮތަށް އިންތަކާއި މިންތައް ވަކިކޮށް ދައުލަތުގެ ކަމާބެހޭ ފަރާތުން އެބިން ޕޮރިމޯސް އާ ޙަވާލު ކުރުމުން ކަމަށްވާތީއެވެ. ނޫނީ ދެވަނަ އެއްބަސްވުމުގެ ދަށުން ޕްރިމޯސްއ ޙަވާލާ ކުރަންޖެހޭ ބިން މިހާރު ދައުލަތަށް ޙަވާލުކުރެވެން ނެތްނަމަ، ޕްރިމޯސްއަށް އެބިން ޙަވާލު ނުކުރުމުގެ ސަބަބުން ލިބިގެންދާނެ ގެއްލުމުގެ ބަދަލު ހޯދުމަށް ޕްރިމޯސްއަށް އޮތް ޙައްޤު އެގޮތުގައި އޮންނާނެ ކަމަށް ކަނޑައެޅުމެވެ. މާލޭ ސިޓީ ކައުންސިލް: 47 ފުރަތަމަ އެއްބަސްވުން ވެފައިވަނީ މާލޭ ސިޓީ ކައުންސިލާއި ޕްރިމޯސްއާ ދެމެދުގައެވެ. ކުރިން ބަޔާންކުރިހެން، ފުރަތަމަ އެއްބަސްވުމުގެ 7 ވަނަ މާއްދާގެ (ނ) ގެ ދަށުން، ސަރުކާރަށް ބޭނުންވެގެން ބިން ނެގިދާނެކަމަށ މާލް ސިޓީ ކައުންސިލާއި ޕްރިމޯސްއިންވެސ ވަން އެއްބަސްވެފައެވެ. 48 ފުރަތަމަ އެއްބަސްވުމުގެ ދަށުން ކުއްޔަށްދިން ތަން ސަރުކާރަށް ބޭނުންވެގެން ވަނީ ނަގާފައެވެ. އެކމާއަ ގުޅޭ ގޮތުން ހައުސިންގ މިނިސްޓްރީ އާއެކު ޕްރިމޯސްއިނ ވަން ވަކި އެއްބަސްވުމެއް ވެފައެވެ. އެއީ، މިމައްސަލައިގައި ދެވަނަ އެއްބަސްވުމުގެ ނަމުގައި ޙަވާލާދޭ އެއްބަސްވުމެވެ. ދެވަނަ އެއްބަސްވުމުގެ 9 ވަނަ މާއްދާގައި ބަޔާން ކޮށްފައިވަނީ " މި އެއްބަސްވުމުގައި ސޮއިކުރުމުން ޕްރިމޯސ ގްރޫޕް ޕްރައިވެޓް ލިމިޓެޑާއި މާލެ ސިޓީ ކައުންސިލްގެ އިދާރާ އާ ދެމެދު 05 ޖަނަވަރީ 2012 ގައި ސޮއިކޮށްފައިވާ ނަންބަރު A2/PRIV/2012/02-(AGR)425 އެއްބަސްވުން އުވުނީއެވެ. އަދި މި އެއްބަސްވުމުގެ 19 ވަނަ މާއްދާގައި ބަޔާން ކޮށްފައިވަނީ " މި އެއްބަސްވުން އެމައްޗަށް ބިނާވެފައިވާ ކަންކަމާ ގުޅިގެން ދެފަރާތުގެ ދެމެދުގައި ވެފައިވާ ހަމައެކަނި، އަދި މުޅި އެއްބަސްވުމަކީވެސް މިއީ އެވެ." 49 ވީމާ، މާލޭ ސިޓީ ކައުންސިލާއި ޕްރި މޯސްއ ދެމެދާ އޮތު ތަޢާޤުދީ ގުޅުން، ދެވަނަ އެއްބަސްވުމާއެކު މުޅިން ނިމުމަކަށް އައިސްފައިވާތީ، މާލޭ ސިޓީ ކައުންސިލަށް ފުރަތަމަ އެއްބަސްވުމުގެ ދަށުން ބަދަލު ލިބިދިނުމުގެ ގޮތުން އެކަށައެޅި ދެވަނަ އެއްބަސްވުމާއި ގުޅިގެން، ދަޢުވާ ރައްދު ކުރެވިދާނެ ކަމަކަށް ނުދެކމެ ވެ. ހަމައެހެންމެ، ފުރަތަމަ އެއްބަސްވުން، މިހާރުވަނީ ދެވަނަ އެއްބަސްވުމުގެ ދަށުން އުވާލާފައިކަމަށް ޕްރިމޯސް އާއި ހައުސިންގ މިނިސްޓްރީން އެއްބަސްވެފައިވާތީ، މާލޭ ސިޓީގެ މައްޗަށް ފުރަތަމަ އެއްބަސްވުމާއި ގުޅިގެންވެސް ދަޢުވާ ރައްދު ކުރެވޭނެ ތަނެއްނެތެވެ.
ނިންމުން
50 ބަޔާންވެދިޔަ ސަބބުތައ އެހެން ހުރުމުން، ސިވިލް ކޯޓުގެ ނަންބަރު:2373/Cv-C/2019 ޤަޟިއްޔގާ ނިންމުމަށް ބަދަލު ގެންނަންޖެހޭކަމަށް އަހުރެންނަށް ބުރަވެވެއެވެ. ފަނޑިޔާރު މުޙައްމަދު ފައިޞަލްގެ ރައުޔް 51 މިމައްސަލައިގައި ފަނޑިޔާރު މުޙައްމަދު ނިޔާޒްގެ ރައުޔަށް އަހުރެން ތާޢީދު ކުރަމެވެ.
ފަނޑިޔާރު ޙަސަން ޝަފީޢުގެ ރައުޔު
52 މިމައްސަލައިގައި ފަނޑިޔާރު މުޙައްމަދު ނިޔާޒްގެ ރައުޔަށް އަހުރެން ތާޢީދު ކުރަމެވެ. އިސްތިއުނާފުކުރުމުގެ އިޖުރާއަތު ބަޔާންކޮށްދިނުން 53 މި ޤަޟިއްޔާގައި ދިވެހިރާއްޖޭގެ ހައިކޯޓުން ޙުކުމް ކުރުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ޤަޟިއްޔާ އިސްތިއުނާފުކުރުމށަ ހުށަހެޅުމުގެ ޙައްޤު މައްސަލައިގެ ޚަސްމުންނަށް ލިބިގެންވެއެވެ. އެގޮތުން އިސްތިއުނާފުކުރުމށަ ހުށަހެޅުމުގެ މުއްދަތަކީ ދިވެހިރާއްޖޭގެ ހައިކޯޓުން މި ޤަޟިއްޔާގައި ޙުކުމް ކުރާ ތާރީޚުން ފެށިގެން 30 (ތިރީސް) ދުވަހެވެ. އަދި އެ މުއްދަތުގެ ތެރޭގައި ޝަރީޢަތްނިމުނުގޮތުގެ ރިޕޯޓު ޚަސްމުންނަށް ޙަވާލުކޮށްފައިނުވާނަމަ، އިސްތިއުނާފުކުރުމުގެ މުއްދަތު ގުނަން ފަށާނެ ތާރީޚަކީ ޝަރީޢަތްނިމުނުގޮތުގެ ރިޕޯޓު ޚަސްމުންނ ޙަވާލުކުރާ ތާރީޚެވެ. އެހެންނަމަވެސް ޝަރީޢަތް ނިމުނުގޮތުގެ ޚުލާސާ އަށް ބިނާކޮށްވެސް އިސްތިއުނާފަށް ހުށަހެޅިދާނެއެވެ. . ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ހ) . ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ށ) . ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ނ)
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ށ)
- ޤާނޫނު ނަންބަރު 13/2010 (ފަނޑިޔާރުންގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ށ) ގެ (1)
- ޤާނޫނު ނަންބަރު 1/2002 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) ގެ 2 ވަނަ މާއްދާ އާއި 7 ވަނަ މާއްދާ
ޝަރީޢަތުގެ ވީޑިއޯ
ހައިކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.